ގާނޫނުލްއުގޫބާތު (ގާނޫނު ނަންބަރު 2014-09) އަށް 6 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު
(ގާނޫނު ނަންބަރު 2024-33)
(މި ގާނޫނަށް އަމަލުކުރަން ފެށީ 17 ޑިސެމްބަރު 2024 ގައި)
ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުުނެވިދިޔަ ގާނޫނުގެ 230 ވަނަ ބާބުގެ ފަހަތަށް އަންނަނިވި ފަދައިން ބާބެއް އިތުރުކުރުން.
240 ވަނަ ބާބު
ކޮމްޕިއުޓަރ އަދި ކޮމްޕިއުޓަރާ ގުޅުންހުރި ކުށް
240 ވަނަ މާއްދާ ހުއްދަނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސެސްވުން
241 ވަނަ މާއްދާ އިތުރު ކުށެއް ކުރުމަށް މަގުފަހިކުރުމުގެ ނިޔަތުގައި ހުއްދަނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސެސްވުން
242 ވަނަ މާއްދާ ހުއްދަނެތި ކޮމްޕިއުޓަރ ޑޭޓާ އިންޓަރސެޕްޓްކުރުން
243 ވަނަ މާއްދާ ހުއްދަނެތި ޑޭޓާއަށް އިންޓަރފިއަރކުރުން
244 ވަނަ މާއްދާ ހުއްދަނެތި ސިސްޓަމަކަށް އިންޓަރފިއަރކުރުން
245 ވަނަ މާއްދާ ނަހަމަގޮތުގައި ޑިވައިސްތައް ބޭނުންކުރުން
246 ވަނަ މާއްދާ ސައިބަރވަޔަލަންސްގެ އަމަލުތައް
247 ވަނަ މާއްދާ ކޮމްޕިއުޓަރާ ގުޅުންހުރި ފޯޖަރީގެ އަމަލުތައް
248 ވަނަ މާއްދާ ކޮމްޕިއުޓަރާ ގުޅުންހުރި އޮޅުވާލުމުގެ އަމަލުތައް
249 ވަނަ މާއްދާ ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައް
250 ވަނަ މާއްދާ މާނަކުރުން
ހުއްދަނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސެސްވުން
ކުށް ކަނޑައެޅުން 240.
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ.
- ކޮމްޕިއުޓަރަކަށް ނުވަތަ ޕްރޮގްރާމަކަށް ނުވަތަ ޑޭޓާއަކަށް ނުވަތަ އެއިން އެއްޗެއްގެ ވަކި ބަޔަކަށް އެކްސެސް ހޯދުމަށްޓަކައި ނުވަތަ އެކްސެސްވުމަށް މަގުފަހިކުރުމަށްޓަކައި، ކޮމްޕިއުޓަރ ސިސްޓަމަކުން އެއްވެސް ބާވަތެއްގެ ފަންކްށަނެއް ހިންގުމަށް، ވަގުތީ ގޮތުން ނުވަތަ އެނޫން ގޮތަކުން ވިޔަސް، މެދުވެރިކުރުވުން؛ އަދި
- އެ އަމަލު ހިންގާފައިވަނީ، އެ ކޮމްޕިއުޓަރަށް ނުވަތަ ޕްރޮގްރާމަށް ނުވަތަ ޑޭޓާއަށް އެކްސެސްވުމުގެ ހުއްދަ އޭނާއަށް ލިބިފައި ނެތް ހާލަތުގައި އެކަން އެނގިހުރެ، އެ އެކްސެސް ހޯދުމުގެ ނިޔަތުގައި ކަމަށްވުން.
(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ހުއްދަ އޮތްކަން ނުވަތަ ނޫންކަމާމެދު ފަރުވާލެއް ނެތި، އެފަދަ އަމަލެއް ކުރާ މީހާ އެކުރަނީ ކުށެކެވެ.
(ނ) އިސްތިސްނާ
ކޯޓު އަމުރެއްގެ ދަށުން، ނުވަތަ ގާނޫނަކުން ބާރު ލިބިގެން ދޫކޮށްފައިވާ ހުއްދައެއްގެ ދަށުން، އެ ކޯޓު އަމުރުގައި ނުވަތަ ހުއްދައިގައި ބަޔާންކުރާ ގޮތުގެމަތިން ކޮމްޕިއުޓަރަކަށް ނުވަތަ ޕްރޮގްރާމަކަށް ނުވަތަ ޑޭޓާއަކަށް ނުވަތަ އެއިން އެއްޗެއްގެ ވަކި ބަޔަކަށް އެކްސެސްވުމަކީ ކުށެއް ކަމުގައެއް ނުބެލެވޭނެއެވެ.
(ރ) މާނަކުރުން
މި މާއްދާގެ ބޭނުމަށްޓަކައި، އަންނަނިވި ހާލަތްތަކުގައި، ކޮމްޕިއުޓަރަކަށް ނުވަތަ ޕްރޮގްރާމަކަށް ނުވަތަ ޑޭޓާއަކަށް ނުވަތަ އެއިން އެއްޗެއްގެ ވަކި ބަޔަކަށް އެކްސެސްވުމަކީ ހުއްދަ ކަމެއް ނޫންކަމުގައި ބެލެވޭނެއެވެ.
- އެކްސެސްވާ ފަރާތަކީ އޭނާ އެ އެކްސެސްވާ ކޮމްޕިއުޓަރ، ނުވަތަ ކޮމްޕިއުޓަރ ސިސްޓަމް، ނުވަތަ ޕްރޮގްރާމް، ނުވަތަ ޑޭޓާގެ އެކްސެސް ކޮންޓްރޯލުކުރުމުގެ ހުއްދައެއް ނުވަތަ ހައިސިއްޔަތެއް އޮތް ފަރާތެއް ކަމުގައި ނުވުން؛ ނުވަތަ
- އެ އެކްސެސް ކޮންޓްރޯލު ކުރުމުގެ ހުއްދަ އޮތް ފަރާތެއްގެ ރުހުން އެކްސެސްވާ ފަރާތަށް ލިބިފައި ނެތުން.
(ބ) މި މާއްދާގެ (ހ) އަދި (ށ) ގެ ދަށުން އެނގިހުރެ ނުވަތަ ފަރުވާލެއް ނެތި ހިންގާ އަމަލު އަންނަނިވި ކަންކަމުގެ ތެރެއިން ކަމަކަށް ރައްދުވުން ނުވަތަ އެފަދަ ކަމަކާ ގުޅުމެއް އޮތުން ލާޒިމެއް ނޫނެވެ.
- ކަނޑައެޅިފައިވާ ވަކި ޕްރޮގްރާމެއް ނުވަތަ ޑޭޓާއެއް؛
- ކަނޑައެޅިފައިވާ ވަކި ބާވަތެއްގެ ޕްރޮގްރާމެއް ނުވަތަ ޑޭޓާއެއް؛ ނުވަތަ
- ކަނޑައެޅިފައިވާ ވަކި ކޮމްޕިއުޓަރ ސިސްޓަމެއްގައި ހުރި ޕްރޮގްރާމެއް ނުވަތަ ޑޭޓާއެއް.
(ޅ) ދަރަޖަކުރުން.
މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށް ކުރުމުގައި މީހަކު ހުއްދަނެތި އެކްސެސްވީ މުހިންމު އުމްރާނީ ވަސީލަތަކާ ގުޅިފައިވާ ކޮމްޕިއުޓަރ ސިސްޓަމެއް ނުވަތަ ޕްރޮގްރާމެއް ނުވަތަ ޑޭޓާއަކަށް ނުވަތަ އެއިން އެއްޗެއްގެ ބަޔަކަށް ކަމުގައިވާނަމަ، އެއީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
(ކ) އެނޫން ހާލަތްތަކުގައި، އެ ކުށަކީ، ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.
(އ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކުށް ކުރުމުގައި މީހަކު ހުއްދަނެތި އެކްސެސްވީ މުހިންމު އުމްރާނީ ވަސީލަތަކާ ގުޅިފައިވާ ކޮމްޕިއުޓަރ ސިސްޓަމެއް ނުވަތަ ޕްރޮގްރާމެއް ނުވަތަ ޑޭޓާއަކަށް ނުވަތަ އެއިން އެއްޗެއްގެ ބަޔަކަށް ކަމުގައިވާނަމަ، އެއީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.
(ވ) އެނޫން ހާލަތްތަކުގައި، އެ ކުށަކީ، ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
އިތުރު ކުށެއް ކުރުމަށް މަގުފަހިކުރުމުގެ ނިޔަތުގައި ހުއްދަނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސެސްވުން
ކުށް ކަނޑައެޅުން 241.
(ހ) މި ގާނޫނުގެ 240 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއް މީހަކު ކުރީ، އެހެން ކުށެއް ކުރުމުގެ ނިޔަތުގައި ކަމަށްވާނަމަ، ނުވަތަ އެ ކުށް ކުރީ އޭނާ ނުވަތަ އެހެން މީހަކު، އެހެން ކުށެއް ކުރުމަށް މަގުފަހިކުރުމަށް ކަމަށްވާނަމަ، އެފަދަ މީހަކު އެކުރަނީ ކުށެކެވެ.
(ށ) މާނަކުރުން.
މި މާއްދާގެ (ހ) ގައި ބަޔާންކުރާ އިތުރު ކުށެއް ކުރަނީ، މި ގާނޫނުގެ 240 ވަނަ މާއްދާގައި ބަޔާންކުރާ ހުއްދަނެތި އެކްސެސްވުމުގެ ކުށް ކުރާ ވަގުތުގައި ނުވަތަ އޭގެ ފަހުގެ ވަގުތެއްގައި ކަމަށްވުމަކީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށް މީހަކު ކުރިކަން ކަނޑައެޅުމުގައި ރިއާޔަތްކުރެވިގެންވާނެ ނުވަތަ އެކަމަށް އަސަރުކޮށްގެންވާނެ ކަމެއް ނޫނެވެ.
(ނ) ދަރަޖަކުރުން
މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށަކީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
ހުއްދަނެތި ކޮމްޕިއުޓަރ ޑޭޓާ އިންޓަރސެޕްޓްކުރުން
ކުށް ކަނޑައެޅުން 242.
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ.
- ޓެކްނިކަލް ހަމައެއް މެދުވެރިކޮށް، ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް، އަދި ވަގުތީ ގޮތުން ނުވަތަ އެނޫން ގޮތަކަށް ކަމުގައި ވިޔަސް، އަންނަނިވި ޓްރާންސްމިށަންތައް އިންޓަރސެޕްޓްކުރުން ނުވަތަ އިންޓަރސެޕްޓްކުރުމަށް މެދުވެރިކުރުވުން؛
- އާންމުކޮށް ހުޅުވާނުލައި، ކޮމްޕިއުޓަރ ސިސްޓަމަކުން އެހެން ކޮމްޕިއުޓަރ ސިސްޓަމަކަށް ފޮނުވާ ނުވަތަ އެފަދަ ކޮމްޕިއުޓަރ ސިސްޓަމަކަށް ލިބޭ ކޮމްޕިއުޓަރ ޑޭޓާގެ ޓްރާންސްމިށަންތައް، ނުވަތަ އެފަދަ ކޮމްޕިއުޓަރ ސިސްޓަމެއްގެ ތެރޭގައި ޓްރާންސްމިޓްކުރެވޭ ކޮމްޕިއުޓަރ ޑޭޓާއެއްގެ ޓްރާންސްމިށަންތައް؛ ނުވަތަ
- އާންމުކޮށް ހުޅުވާނުލައި، ކޮމްޕިއުޓަރ ޑޭޓާ އެކުލެވޭ ކޮމްޕިއުޓަރ ސިސްޓަމެއްގެ އިލެކްޓްރޯ-މެގްނެޓިކް އެމިށަންތައް.
- އަދި އެ އަމަލު ހިންގާފައިވަނީ، އެ ޓްރާންސްމިށަން އިންޓަރސެޕްޓްކުރުމުގެ ހުއްދަ އޭނާއަށް ލިބިފައި ނެތް ހާލަތުގައި، އެކަން އެނގިހުރެ، އެ ޓްރާންސްމިށަން އިންޓަރސެޕްޓްކުރުމުގެ ނިޔަތުގައި ކަމަށްވުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހުއްދައެއް އޮތްކަން ނުވަތަ ނޫންކަމާމެދު ފަރުވާލެއް ނެތި، އެފަދަ އަމަލެއް ކުރާ މީހާ އެކުރަނީ ކުށެކެވެ.
(ނ) އިސްތިސްނާ
ކޯޓު އަމުރެއްގެ ދަށުން، ނުވަތަ ގާނޫނަކުން ބާރު ލިބިގެން ދޭ ހުއްދައެއްގެ ދަށުން، އެ ކޯޓު އަމުރުގައި ނުވަތަ ހުއްދައިގައި ބަޔާންކުރާ ގޮތުގެމަތިން އިންޓަރސެޕްށަނެއް ހިންގުމަކީ ކުށެއް ކަމުގައެއް ނުބެލެވޭނެއެވެ.
(ރ) މާނަކުރުން
މި މާއްދާގެ ބޭނުމަށްޓަކައި، އަންނަނިވި ހާލަތްތަކުގައި، ކޮމްޕިއުޓަރ ސިސްޓަމެއް ނުވަތަ ޕްރޮގްރާމެއް ނުވަތަ ޑޭޓާއަކާ ގުޅިގެން އިންޓަރސެޕްޓްކުރުމަކީ ހުއްދަ ކަމެއް ކަމުގައެއް ނުބެލެވޭނެއެވެ.
- އިންޓަރސެޕްޓްކުރާ ފަރާތަކީ ނުވަތަ އިންޓަރސެޕްޓްކުރުމަށް މެދުވެރިކުރާ ފަރާތަކީ ކޮމްޕިއުޓަރަށް ނުވަތަ ކޮމްޕިއުޓަރ ސިސްޓަމަށް ޒިންމާވާންޖެހޭ ފަރާތް ކަމުގައި ނުވުން؛
- އިންޓަރސެޕްޓްކުރާ ފަރާތަކީ ނުވަތަ އިންޓަރސެޕްޓްކުރުމަށް މެދުވެރިކުރާ ފަރާތަކީ އެފަދަ އިންޓަރސެޕްށަނެއް ހިންގިދާނެކަމަށް ކަނޑައެޅުމުގެ ހައިސިއްޔަތެއް އޮތް ފަރާތެއް ކަމުގައި ނުވުން؛ ނުވަތަ
- އެފަދަ އިންޓަރސެޕްށަނެއް ހިންގިދާނެކަމަށް ކަނޑައެޅުމުގެ ހައިސިއްޔަތެއް އޮތް ފަރާތުގެ ރުހުން އިންޓަރސެޕްޓްކުރާ ފަރާތަށް ނުވަތަ އިންޓަރސެޕްޓްކުރުމަށް މެދުވެރިކުރާ ފަރާތަށް ލިބިފައި ނެތުން.
(ބ) މި މާއްދާގެ (ހ) އަދި (ށ) ގެ ދަށުން އެނގިހުރެ ނުވަތަ ފަރުވާލެއް ނެތި ހިންގާ އަމަލ،ު އަންނަނިވި ކަންކަމުގެ ތެރެއިން ކަމަކަށް ރައްދުވުން، ނުވަތަ އެފަދަ ކަމަކާ ގުޅުމެއް އޮތުން ލާޒިމެއް ނޫނެވެ.
- ކަނޑައެޅިފައިވާ ވަކި ކޮމްޕިއުޓަރ ސިސްޓަމެއް ނުވަތަ ޕްރޮގްރާމެއް ނުވަތަ ޑޭޓާއެއް؛
- ކަނޑައެޅިފައިވާ ވަކި ބާވަތެއްގެ ޕްރޮގްރާމެއް ނުވަތަ ޑޭޓާއެއް؛ ނުވަތަ
- ކަނޑައެޅިފައިވާ ވަކި ކޮމްޕިއުޓަރ ސިސްޓަމެއްގައި ހުރި ޕްރޮގްރާމެއް ނުވަތަ ޑޭޓާއެއް.
(ޅ) މި މާއްދާގެ ބޭނުމަށްޓަކައި، ހުއްދަނެތި ހިންގާ އިންޓަރސެޕްށަނެއް ނުވަތަ އެފަދަ އިންޓަރސެޕްށަނެއްގެ އަސަރު ދެމިހުރީ ވަގުތީ ގޮތެއްގައި ނުވަތަ ދާއިމީ ގޮތެއްގައި ކަމަށްވުމަކީ، މި މާއްދާގައި ބަޔާންކޮށްފައިވާ ކުށް ކަނޑައެޅުމަށް އަސަރުކޮށްގެންވާނެ ކަމެއް ނޫނެވެ.
(ކ) ދަރަޖަކުރުން
މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށަކީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.
(އ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
ހުއްދަނެތި ޑޭޓާއަށް އިންޓަރފިއަރކުރުން
ކުށް ކަނޑައެޅުން 243.
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ، އެކުރަނީ ކުށެކެވެ.
- ޕްރޮގްރާމަކަށް ނުވަތަ ޑޭޓާއަކަށް، ވަގުތީ ގޮތުން ނުވަތަ އެނޫން ގޮތަކަށް ކަމުގައި ވިޔަސް، އިންޓަރފިއަރކުރުން ނުވަތަ އިންޓަރފިއަރކުރުމަށް މެދުވެރިކުރުވުން؛
- އަދި އެ އަމަލު ހިންގާފައިވަނީ، އެ ޕްރޮގްރާމަށް ނުވަތަ ޑޭޓާއަށް އިންޓަރފިއަރކުރުމުގެ ހުއްދަ އޭނާއަށް ލިބިފައި ނެތް ހާލަތުގައި އެކަން އެނގިހުރެ، އިންޓަރފިއަރެންސެއް ހިންގުމުގެ ނިޔަތުގައި ކަމަށްވުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހުއްދަ އޮތް ކަމާމެދު ފަރުވާލެއް ނެތި، އެފަދަ އަމަލެއް ކުރާ މީހާ އެކުރަނީ ކުށެކެވެ.
(ނ) އިސްތިސްނާ
ކޯޓު އަމުރެއްގެ ދަށުން، ނުވަތަ ގާނޫނަކުން ބާރު ލިބިގެން ދޭ ހުއްދައެއްގެ ދަށުން، އެ ކޯޓު އަމުރުގައި ނުވަތަ ހުއްދައިގައި ބަޔާންކުރާ ގޮތުގެމަތިން އިންޓަރފިއަރެންސެއް ހިންގުމަކީ ކުށެއް ކަމުގައެއް ނުބެލެވޭނެއެވެ.
(ރ) މާނަކުރުން
މި މާއްދާގެ ބޭނުމަށްޓަކައި، ޕްރޮގްރާމަކަށް ނުވަތަ ޑޭޓާއަކަށް އިންޓަރފިއަރކުރުން ކަމަށް ބުނެފައި އެވަނީ، އަންނަނިވި ކަންކަން ހިމެނޭ ގޮތުންނެވެ.
- އެ ޕްރޮގްރާމް ނުވަތަ ޑޭޓާ ޑެމޭޖްކުރުން ނުވަތަ ޑިލީޓްކުރުން ނުވަތަ ޑިޓީރިއަރޭޓްކުރުން ނުވަތަ އޮލްޓަރކުރުން ނުވަތަ ފޮހެލުން ނުވަތަ ސަޕްރެސްކުރުން؛
- ކޮމްޕިއުޓަރ ސިސްޓަމެއްގައި ހިމެނޭ ކޮންޓެންޓަށް އެއްވެސް ޕްރޮގްރާމެއް ނުވަތަ ޑޭޓާއެއް އިތުރުކުރުން؛
- ކޮމްޕިއުޓަރ ޕްރޮގްރާމަކަށް ނުވަތަ ޑޭޓާއަކަށް އެކްސެސްވުމަށް ހުރަސްއެޅުން ނުވަތަ ދަތިކުރުން؛
- އެއްވެސް ޕްރޮގްރާމެއްގެ ހިންގުމުގެ ގާބިލުކަމަށް ނުވަތަ ޑޭޓާއެއްގެ ރިލަޔަބިލިޓީ އިމްޕެއަރކުރުން؛
- އެއްވެސް ޕްރޮގްރާމެއް ނުވަތަ ޑޭޓާއެއްގެ ކޮންޓެންޓަށް ނުވަތަ އޭގެ އިންޓެގްރިޓީ އޮލްޓަރކުރުން؛
- އެއްވެސް ޕްރޮގްރާމެއް ނުވަތަ ޑޭޓާއަކަށް އެކްސެސްވެވޭ ވުމަށް ނުވަތަ ޕްރޮގްރާމެއް ނުވަތަ ޑޭޓާއެއްގެ ރައްކާތެރިކަން އޮލްޓަރކުރުން؛
- މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުން ފެށިގެން (6) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ފަދަ އެއްވެސް އަމަލެއް ކުރުމަށް މަގުފަހިކޮށްދިނުން، ނުވަތަ އެހީތެރިވެދިނުން، ނުވަތަ ހިތްވަރު ދިނުން.
(ބ) މި މާއްދާގެ ބޭނުމަށްޓަކައި، އަންނަނިވި ހާލަތްތަކުގައި، ޕްރޮގްރާމަކަށް ނުވަތަ ޑޭޓާއަކަށް އިންޓަރފިއަރކުރުމަކީ ހުއްދަ ކަމެއް ކަމުގައެއް ނުބެލެވޭނެއެވެ.
- އިންޓަރފިއަރކުރާ ފަރާތަކީ ނުވަތަ އިންޓަރފިއަރކުރުމަށް މެދުވެރިކުރާ ފަރާތަކީ ކޮމްޕިއުޓަރަށް ނުވަތަ ކޮމްޕިއުޓަރ ސިސްޓަމަށް ޒިންމާވާންޖެހޭ ފަރާތް ކަމުގައި ނުވެފައި، އެފަދަ އިންޓަރފިއަރެންސެއް ހިންގިދާނެކަން ނުވަތަ ނޫންކަން ކަނޑައެޅުމުގެ ހައިސިއްޔަތެއް ލިބިފައިވާ ފަރާތެއް ކަމުގައި ނުވުން؛ ނުވަތަ
- އެފަދަ އިންޓަރފިއަރެންސެއް ހިންގިދާނެކަން ނުވަތަ ނޫންކަން ކަނޑައެޅުމުގެ ހައިސިއްޔަތު އޮތް ފަރާތެއްގެ ހުއްދަ އިންޓަރފިއަރކުރާ ފަރާތަށް ނުވަތަ އިންޓަރފިއަރކުރުމަށް މެދުވެރިކުރާ ފަރާތަށް ލިބިފައި ނެތުން.
(ޅ) މި މާއްދާގެ (ހ) އަދި (ށ) ގެ ދަށުން އެނގިހުރެ ނުވަތަ ފަރުވާލެއް ނެތި ހިންގާ އަމަލު އަންނަނިވި ކަންކަމުގެ ތެރެއިން ކަމަކަށް ރައްދުވުން ނުވަތަ އެފަދަ ކަމަކާ ގުޅުމެއް އޮތުން ލާޒިމެއް ނޫނެވެ.
- ކަނޑައެޅިފައިވާ ވަކި ކޮމްޕިއުޓަރ ސިސްޓަމެއް ނުވަތަ ޕްރޮގްރާމެއް ނުވަތަ ޑޭޓާއެއް؛
- ކަނޑައެޅިފައިވާ ވަކި ބާވަތެއްގެ ޕްރޮގްރާމެއް ނުވަތަ ޑޭޓާއެއް؛ ނުވަތަ
- ކަނޑައެޅިފައިވާ ވަކި ކޮމްޕިއުޓަރ ސިސްޓަމެއްގައި ހުރި ޕްރޮގްރާމެއް ނުވަތަ ޑޭޓާއެއް.
(ކ) މި މާއްދާގެ ބޭނުމަށްޓަކައި، ހުއްދަނެތް އިންޓަރފިއަރެންސެއް ނުވަތަ އެފަދަ އިންޓަރފިއަރެންސެއްގެ އަސަރު ދެމިހުރީ ވަގުތީ ގޮތެއްގައި ނުވަތަ ދާއިމީ ގޮތެއްގައި ކަމަށްވުމަކީ، މި މާއްދާގައި ބަޔާންކޮށްފައިވާ ކުށް ކަނޑައެޅުމަށް އަސަރުކޮށްގެންވާނެ ކަމެއް ނޫނެވެ.
(އ) ދަރަޖަކުރުން
މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށް ކުރުމުގައި މީހަކު އިންޓަރފިއަރކުރީ، މުހިންމު އުމްރާނީ ވަސީލަތަކާ ގުޅިފައިވާ ޕްރޮގްރާމެއް ނުވަތަ ޑޭޓާއަކަށް ނުވަތަ އެއިން އެއްޗެއްގެ ބަޔަކަށް ކަމުގައިވާނަމަ، އެއީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
(ވ) އެނޫން ހާލަތްތަކުގައި، އެ ކުށަކީ، ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.
(މ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކުށް ކުރުމުގައި މީހަކު އިންޓަރފިއަރކުރީ، މުހިންމު އުމްރާނީ ވަސީލަތަކާ ގުޅިފައިވާ ޕްރޮގްރާމެއް ނުވަތަ ޑޭޓާއަކަށް ނުވަތަ އެއިން އެއްޗެއްގެ ބަޔަކަށް ކަމުގައިވާނަމަ، އެއީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.
(ފ) އެނޫން ހާލަތްތަކުގައި، އެ ކުށަކީ، ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
ހުއްދަނެތި ސިސްޓަމަކަށް އިންޓަރފިއަރކުރުން
ކުށް ކަނޑައެޅުން 244.
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ.
- ކޮމްޕިއުޓަރ ސިސްޓަމަކަށް، ވަގުތީ ގޮތުން ނުވަތަ އެނޫން ގޮތަކުން ވިޔަސް، އިންޓަރފިއަރކުރުން ނުވަތަ އިންޓަރފިއަރކުރުމަށް މެދުވެރިކުރުވުން؛ އަދި
- އެ އަމަލު ހިންގާފައިވަނީ، އެ ކޮމްޕިއުޓަރ ސިސްޓަމަކަށް އިންޓަރފިއަރކުރުމުގެ ހުއްދަ އޭނާއަށް ލިބިފައި ނެތް ހާލަތުގައި އެކަން އެނގިހުރެ، އިންޓަރފިއަރެންސެއް ހިންގުމުގެ ނިޔަތުގައި ކަމަށްވުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދައެއް އޮތްކަމާމެދު ފަރުވާލެއް ނެތި، އެފަދަ އަމަލެއް ކުރާ މީހާ އެކުރަނީ ކުށެކެވެ.
(ނ) އިސްތިސްނާ
ކޯޓު އަމުރެއްގެ ދަށުން، ނުވަތަ ގާނޫނަކުން ބާރު ލިބިގެން ދޭ ހުއްދައެއްގެ ދަށުން، އެ ކޯޓު އަމުރުގައި ނުވަތަ ހުއްދައިގައި ބަޔާންކުރާ ގޮތުގެމަތިން އިންޓަރފިއަރެންސެއް ހިންގުމަކީ ކުށެއް ކަމުގައެއް ނުބެލެވޭނެއެވެ.
(ރ) މާނަކުރުން
މި މާއްދާގެ ބޭނުމަށްޓަކައި، ކޮމްޕިއުޓަރ ސިސްޓަމަކަށް އިންޓަރފިއަރކުރުން ކަމުގައި ބުނެފައި އެވަނީ، ޕްރޮގްރާމެއް ނުވަތަ ޑޭޓާއެއް އިންޕުޓްކޮށްގެން ނުވަތަ ޓްރާންސްމިޓްކޮށްގެން ނުވަތަ ޑެމޭޖްކޮށްގެން ނުވަތަ ޑިލީޓްކޮށްގެން ނުވަތަ ޑިޓީރިއަރޭޓްކޮށްގެން ނުވަތަ އޮލްޓަރކޮށްގެން ނުވަތަ ސަޕްރެސްކޮށްގެން އަންނަނިވި ނުރައްކާތެރި ކަންކަމުގެ ތެރެއިން ކަމެއް މެދުވެރިކުރުވުމަށެވެ.
- ކޮމްޕިއުޓަރ ސިސްޓަމެއްގެ ފަންކްށަންކުރުމަށް ހުރަހެއް ކުރިމަތިކުރުވުން؛
- ކޮމްޕިއުޓަރެއް ނުވަތަ ކޮމްޕިއުޓަރ ސިސްޓަމެއްގެ ހިނގުން އިމްޕެއަރކުރުން؛
- ކޮމްޕިއުޓަރ ސިސްޓަމެއްގެ ފަންކްށަންކުރުމަށް ޑެމޭޖެއް މެދުވެރިކުރުވުން ނުވަތަ އޭގެ ފަންކްށަނިންގ ޕްރިވެންޓްކުރުމަށް ނުވަތަ ސަޕްރެސްކުރުމަށް ނުވަތަ ޑިޓީރިއަރޭޓްކުރުމަށް ނުވަތަ އިމްޕެއަރކުރުމަށް ނުވަތަ އޮބްސްޓްރަކްޓްކުރުމަށް މެދުވެރިކުރުވުން؛
- ކޮމްޕިއުޓަރ ސިސްޓަމެއްގެ ތެރޭގައި ހިނގާ ކޮމިއުނިކޭށަނެއް ނުވަތަ ކޮމްޕިއުޓަރ ސިސްޓަމަކާއެކު ހިންގާ ކޮމިއުނިކޭށަނެއް ހިންޑަރކުރުން ނުވަތަ ޑެމޭޖްކުރުން ނުވަތަ ޕްރިވެންޓްކުރުން ނުވަތަ ސަޕްރެސްކުރުން ނުވަތަ ޑިޓީރިއަރޭޓްކުރުން ނުވަތަ އިމްޕެއަރކުރުން ނުވަތަ އޮބްސްޓްރަކްޓްކުރުން؛
- ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސެސްވުމަށް ހުރަސްއެޅުން
- ކޮމްޕިއުޓަރ ސިސްޓަމެއްގެ ހިންގުމުގެ ގާބިލުކަން ނުވަތަ އެއަށް ކުރެވޭ އިތުބާރު ނުވަތަ އޭގެ ރައްކާތެރިކަން އިމްޕެއަރކުރުން؛
- މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުން ފެށިގެން
- ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ފަދަ އެއްވެސް އަމަލެއް ކުރުމަށް މަގުފަހިކޮށްދިނުން ނުވަތަ އެހީތެރިވެދިނުން ނުވަތަ ހިތްވަރު ދިނުން.
(ބ) މި މާއްދާގެ ބޭނުމަށްޓަކައި، އަންނަނިވި ހާލަތްތަކުގައި، ކޮމްޕިއުޓަރ ސިސްޓަމަކަށް އިންޓަރފިއަރކުރުމަކީ ހުއްދަ ކަމެއް ކަމުގައެއް ނުބެލެވޭނެއެވެ.
- އިންޓަރފިއަރކުރާ ފަރާތަކީ ނުވަތަ އިންޓަރފިއަރކުރުމަށް މެދުވެރިކުރާ ފަރާތަކީ ކޮމްޕިއުޓަރަށް ނުވަތަ ކޮމްޕިއުޓަރ ސިސްޓަމަށް ޒިންމާވާންޖެހޭ ފަރާތް ކަމުގައި ނުވެފައި، އެފަދަ އިންޓަރފިއަރެންސެއް ހިންގިދާނެކަން ނުވަތަ ނޫންކަން ކަނޑައެޅުމުގެ ހައިސިއްޔަތެއް އޮތް ފަރާތެއް ކަމުގައި ނުވުން؛ ނުވަތަ
- އެފަދަ އިންޓަރފިއަރެންސެއް ހިންގިދާނެކަން ނުވަތަ ނޫންކަން ކަނޑައެޅުމުގެ ހައިސިއްޔަތު އޮތް ފަރާތެއްގެ ހުއްދަ އިންޓަރފިއަރކުރާ ފަރާތަށް ނުވަތަ އިންޓަރފިއަރކުރުމަށް މެދުވެރިކުރާ ފަރާތަށް ލިބިފައި ނެތުން.
(ޅ) މި މާއްދާގެ (ހ) އަދި (ށ) ގެ ދަށުން އެނގިހުރެ ނުވަތަ ފަރުވާލެއް ނެތި ހިންގާ އަމަލު އަންނަނިވި ކަންކަމުގެ ތެރެއިން ކަމަކަށް ރައްދުވުން، ނުވަތަ އެފަދަ ކަމަކާ ގުޅުމެއް އޮތުން ލާޒިމެއް ނޫނެވެ.
- ކަނޑައެޅިފައިވާ ވަކި ކޮމްޕިއުޓަރ ސިސްޓަމެއް ނުވަތަ ޕްރޮގްރާމެއް ނުވަތަ ޑޭޓާއެއް؛
- ކަނޑައެޅިފައިވާ ވަކި ބާވަތެއްގެ ޕްރޮގްރާމެއް ނުވަތަ ޑޭޓާއެއް؛ ނުވަތަ
- ކަނޑައެޅިފައިވާ ވަކި ކޮމްޕިއުޓަރ ސިސްޓަމެއްގައި ރައްކާކޮށްފައިވާ ޕްރޮގްރާމެއް ނުވަތަ ޑޭޓާއެއ.
(ކ) މި މާއްދާގެ ބޭނުމަށްޓަކައި، ހުއްދަނެތް އިންޓަރފިއަރެންސް ނުވަތަ އެ އިންޓަރފިއަރެންސްގެ އަސަރު ދެމިހުރީ ވަގުތީ ގޮތެއްގައި ނުވަތަ ދާއިމީ ގޮތެއްގައި ކަމަށްވުމަކީ، މި މާއްދާގައި ބަޔާންކޮށްފައިވާ ކުށް ކަނޑައެޅުމަށް އަސަރުކޮށްގެންވާނެ ކަމެއް ނޫނެވެ.
(އ) މި މާއްދާގެ (ރ) ގެ ބޭނުމަށްޓަކައި، ނުރައްކާތެރި ކަމެއް މެދުވެރިކުރުވުން ކަމަށް ބުނެފައި އެވަނީ، މި މާއްދާގައި ބަޔާންކުރާ ކުށް
ކުރުމުގެ ސަބަބުން އަންނަނިވި ބާވަތްތަކުގެ ބޮޑެތި ގެއްލުންތަކުގެ ތެރެއިން އެއް ބާވަތެއްގެ ބޮޑު ގެއްލުން ނުވަތަ އޭގެ ތެރެއިން އެއް ބާވަތަށްވުރެ ގިނަ ބާވަތުގެ ގެއްލުން މެދުވެރިކުރުވުމަށެވެ.
- މާލީ ބޮޑު ގެއްލުމެއް ލިބުން؛
- ގައުމީ ސަލާމަތަށް ނުރައްކާވުން؛
- މީހަކަށް ޖިސްމާނީ ގެއްލުމެއް ލިބުން ނުވަތަ މީހަކު މަރުވުން؛ ނުވަތަ
- އާންމު ސިއްހަތަށް ނުވަތަ އާންމު ސަލާމަތަށް ނުރައްކާވުން.
(ވ) ދަރަޖަކުރުން
މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށް ކުރުމުގައި މީހަކު އިންޓަރފިއަރކުރީ، މުހިންމު އުމްރާނީ ވަސީލަތަކާ ގުޅިފައިވާ ކޮމްޕިއުޓަރ ސިސްޓަމެއް ނުވަތަ އެއިން އެއްޗެއްގެ ބަޔަކަށް ކަމުގައިވާނަމަ، އެއީ ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.
(މ) އެނޫން ހާލަތްތަކުގައި، އެ ކުށަކީ، ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
(ފ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކުށް ކުރުމުގައި މީހަކު އިންޓަރފިއަރކުރީ، މުހިންމު އުމްރާނީ ވަސީލަތަކާ ގުޅިފައިވާ ކޮމްޕިއުޓަރ ސިސްޓަމެއް ނުވަތަ އެއިން އެއްޗެއްގެ ބަޔަކަށް ކަމުގައިވާނަމަ، އެއީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
(ދ) އެނޫން ހާލަތްތަކުގައި، އެ ކުށަކީ، ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.
ނަހަމަގޮތުގައި ޑިވައިސްތައް ބޭނުންކުރުން
ކުށް ކަނޑައެޅުން 245.
(ހ) އެނގިހުރެ، އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ.
- މި ގާނޫނުގެ 240 ވަނަ މާއްދާއާއި، 242 ވަނަ މާއްދާއާއި، 243 ވަނަ މާއްދާއާއި، 244 ވަނަ މާއްދާއާއި، 247 ވަނަ މާއްދާ އަދި 248 ވަނަ މާއްދާގައި ބަޔާންކުރާ ކުށްތަކުގެ ތެރެއިން ކުށެއް ކުރުމަށް ބޭނުންކުރުމުގެ ނިޔަތުގައި ނުވަތަ އެފަދަ ކުށެއް ކުރުމަށް އެހީތެރިވެދިނުމަށް ބޭނުންކުރުމުގެ ނިޔަތުގައި، ނުވަތަ އެފަދަ ކުށެއް ކުރުމުގައި އެ ޑިވައިސްއެއް ބޭނުންކުރުމަކީ ނުވަތަ އެފަދަ ކުށެއް ކުރުމަށް އެހީތެރިވެދިނުމަށް އެ ޑިވައިސްއެއް ބޭނުންކުރުމަކީ އޭގެ އަސާސީ ބޭނުންކަމުގައި ގަބޫލުކޮށްގެން، އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކުރުން؛
- އެއްވެސް ޑިވައިސްއެއް މެނުފެކްޗަރކުރުން ނުވަތަ ޕްރޮޑިއުސްކުރުން ނުވަތަ އުފެއްދުން ނުވަތަ ޖެނެރޭޓްކުރުން ނުވަތަ އެޑެޕްޓްކުރުން ނުވަތަ ޓްރާންސްފަރކުރުން ނުވަތަ އިމްޕޯޓްކުރުން ނުވަތަ އެކްސްޕޯޓްކުރުން ނުވަތަ ޑިސްޓްރިބިއުޓްކުރުން ނުވަތަ ށެއަރކުރުން ނުވަތަ ސަޕްލައިކުރުން ނުވަތަ ސަޕްލައިކޮށްދިނުމަށް ހުށަހެޅުން ނުވަތަ ވިއްކުން ނުވަތަ އެނޫންވެސް ގޮތަކަށް އެ ބޭނުންކުރުމަށް ލިބޭނެ ގޮތް ހަމަޖައްސައިދިނުން؛ ނުވަތަ
- އެއްވެސް ޑިވައިސްއެއް އެކްވަޔަރކުރުން ނުވަތަ ޕްރޮކިއޯރކުރުން ނުވަތަ ބޭނުންކުރުމަށްޓަކައި އެނޫންވެސް ގޮތަކަށް ހޯދުން.
(ށ) އިސްތިސްނާ
މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، އަންނަނިވި ހާލަތްތަކުގައި އެ އަމަލުކުރުމަކީ ކުށެއް ކަމުގައެއް ނުބެލެވޭނެއެވެ.
- މި މާއްދާގެ (ހ) ގައި ބަޔާންކުރާ އަމަލު ހިންގުމުގެ މައިގަނޑު ނިޔަތަކީ، މި ގާނޫނުގެ 240 ވަނަ މާއްދާއާއި، 242 ވަނަ މާއްދާއާއި، 243 ވަނަ މާއްދާއާއި، 244 ވަނަ މާއްދާއާއި، 247 ވަނަ މާއްދާ އަދި 248 ވަނަ މާއްދާގައި ބަޔާންކުރާފަދަ
ކުށެއް ކުރުމަށް ކަމުގައި ނުވުން؛ - މި މާއްދާގެ (ހ) ގައި ބަޔާންކުރާ އަމަލު ހިންގާފައިވަނީ ހުއްދަކުރެވިގެންވާ ތަމްރީނެއް ނުވަތަ ޓެސްޓެއް ހިންގުމަށް ނުވަތަ ނެޓްވަރކް އެނަލިސިސްއެއް ހެދުމަށް ނުވަތަ ކޮމްޕިއުޓަރ ސިސްޓަމެއްގެ ރައްކާތެރިކަމަށް ނުވަތަ އެފަދަ އެހެންވެސް ހުއްދަކުރެވިގެންވާ ބޭނުމަކަށް ކަމަށްވުން؛
- މި މާއްދާގެ (ހ) ގައި ބަޔާންކުރާ އަމަލު ހިންގާފައިވަނީ ކޯޓު އަމުރެއްގެ ދަށުން، ނުވަތަ ގާނޫނަކުން ބާރު ލިބިގެން ދޭ ހުއްދައެއްގެ ދަށުން، ނުވަތަ ގާނޫނަކުން ލިބިދީފައިވާ ބާރެއް ތަންފީޒުކުރުމުގެ ގޮތުން، އެ ކޯޓު އަމުރުގައި ނުވަތަ ހުއްދައިގައި ނުވަތަ ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ކަމަށްވުން.
(ނ) ދަރަޖަކުރުން
މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށަކީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
ސައިބަރވަޔަލަންސްގެ އަމަލުތައް
ކޮމްޕިއުޓަރ ސިސްޓަމް ބޭނުންކޮށްގެން ހިންގާ ކުޑަކުދިންގެ އޮރިޔާން ކާޑާގުޅޭ އަމަލުތައް 246.
(ހ) އެނގިހުރެ، އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް ކުރާ މީހާ އެކުރަނީ ކުށެކެވެ.
- ކޮމްޕިއުޓަރ ސިސްޓަމެއް މެދުވެރިކޮށް ކުޑަކުދިންގެ އޮރިޔާން ކާޑު ށާއިއުކުރުން
- ކޮމްޕިއުޓަރ ސިސްޓަމެއް މެދުވެރިކޮށް ށާއިއުކުރުމަށްޓަކައި ކުޑަކުދިންގެ އޮރިޔާން ކާޑު އުފެއްދުން؛
- ކޮމްޕިއުޓަރ ސިސްޓަމެއް ނުވަތަ ކޮމްޕިއުޓަރ ޑޭޓާ ސްޓޯރޭޖް މީޑިއަމެއްގައި ކުޑަކުދިންގެ އޮރިޔާން ކާޑު ބެހެއްޓުން.
(ށ) ހުއްދަކުރެވިގެންވާ ދިފާއު
މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު ނުވަތަ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށެއްގެ ދައުވާ އެ މީހަކާ ދެކޮޅަށް އުފުލާފައިވާ ފަރާތުން، ކުޑަކުދިންގެ އޮރިޔާން ކާޑަށް އެކްސެސްވެފައިވަނީ އަދި/ނުވަތަ ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅެފައިވަނީ، ސައިންޓިފިކް ބޭނުމަކަށް ނުވަތަ ދިރާސާކުރުމުގެ ބޭނުމަށް ނުވަތަ މެޑިކަލް ބޭނުމަކަށް ނުވަތަ ގާނޫނު ތަންފީޒުކުރުމުގެ ބޭނުމަކަށް، ހެޔޮ ނިޔަތުގައި ކަމުގައި ސާބިތުކޮށްދީފިނަމަ، އެއީ އެފަދަ ދައުވާއެއްގެ ދިފާއުގައި ބޭނުންކުރެވިދާނެ ހުއްދަކުރެވިގެންވާ ދިފާއެއް ކަމުގައި ބެލޭނެއެވެ.
(ނ) މާނަކުރުން
- މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، "ކުޑަކުދިންގެ އޮރިޔާން ކާޑު" ގެ މާނައިގެ ތެރޭގައި އަންނަނިވި ކަންކަން ދައްކުވައިދޭ އެންމެހައި ފޮޓޯއާއި، ވީޑިއޯއާއި، އެނިމޭށަނާއި، އަސްލާ އެއްގޮތް ތަސްވީރާއި އަޑު ހިމެނެއެވެ.
- ކުޑަކުއްޖަކު ޖިންސީ އަމަލެއް ހިންގުން؛
- ކުޑަކުއްޖެއްކަމަށް ބެލެވޭ މީހަކު ޖިންސީ އަމަލެއް ހިންގުން.
- މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، "ކުޑަކުދިން" ނުވަތަ "ކުޑަކުއްޖެއް" ކަމަށް ބުނެފައި އެވަނީ، އުމުރުން 18 )އަށާރަ( އަހަރު ނުފުރޭ ކުދިންނަށެވެ.
- މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، "ށާއިއުކުރުން" އެ ލަފްޒުގެ މާނައިގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
- ޑިސްޓްރިބިއުޓްކުރުން ނުވަތަ ޓްރާންސްމިޓްކުރުން ނުވަތަ ޑިސެމިނޭޓްކުރުން ނުވަތަ ސަރކިއުލޭޓްކުރުން ނުވަތަ ޑެލިވަރކުރުން ނުވަތަ އެގްޒިބިޓްކުރުން ނުވަތަ ފައިދާއެއް ލިބޭގޮތަށް ދޫކުރުން ނުވަތަ ބާޓަރކުރުން ނުވަތަ ވިއްކުން ނުވަތަ ވިއްކާލަން ހުށަހެޅުން ނުވަތަ ކުއްޔަށް ދިނުން ނުވަތަ ކުއްޔަށް ދިނުމަށް ހުށަހެޅުން ނުވަތަ އެނޫން އެހެން ގޮތަކަށްވިޔަސް ހުށަހެޅުން ނުވަތަ އެނޫންވެސް ގޮތަކަށް ލިބޭނެގޮތް ހަމަޖެއްސުން؛ ނުވަތަ
- މި މާއްދާގެ (ބ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަމަލެއް ކުރުމުގެ ބޭނުމަށްޓަކައި، އެ އެއްޗެއް މީހެއްގެ އަތުގައި ނުވަތަ ބެލުމުގެ ދަށުގައި ނުވަތަ ކޮންޓްރޯލުގެ ދަށުގައި ބެހެއްޓުން؛ ނުވަތަ
- މި މާއްދާގެ (ބ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަމަލެއް ކުރުމުގެ ބޭނުމަށްޓަކައި، އެ އެއްޗެއް ޕްރިންޓްކުރުން ނުވަތަ ފޮޓޯނެގުން ނުވަތަ ނަކަލުކުރުން ނުވަތަ ތަސްވީރުހެދުން ނުވަތަ އެނޫންވެސް ގޮތަކުން، އެއާ އެއްގޮތް އެއްޗެއް އުފެއްދުން.
(ރ) ދަރަޖަކުރުން
މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށަކީ ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.
ޖިންސީ އަމަލެއް ހިންގުވުމަށް ބިރުދެއްކުން
(ބ) އެނގިހުރެ، އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ.
- މީހަކު، އަމިއްލަ ބޭނުމަށްޓަކައި ނުވަތަ އެހެން މީހަކަށް ބޮޑު ގެއްލުމެއް ދިނުމަށްޓަކައި، އެހެން ތިންވަނަ މީހަކަށް އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކޮށްފާނެކަމުގެ ބިރުދެއްކުން؛
- އިލެކްޓްރޯނިކް ނުވަތަ އެނޫން އެހެން ބާވަތެއްގެ މުވާސަލާތީ ވަސީލަތެއް މެދުވެރިކޮށް މީހެއްގެ ޖިންސީ ގުނަވަނެއް، ނުވަތަ އެ މީހަކު ޖިންސީ އަމަލެއް ހިންގާކަން ދައްކުވައިދޭ ފޮޓޯ ނުވަތަ ވީޑިއޯ ށާއިއުކުރުން؛ ނުވަތަ
- މީހެއްގެ އިއްޒަތާއި، އަބުރާއި، ކަރާމާތަށް އުނިކަމެއް ގެނައުމަށް މެދުވެރިކުރުވުން؛ ނުވަތަ
- މީހެއްގެ އާއިލާއަށް ނުވަތަ ގާތްތިމާގެ މީހަކަށް ނުވަތަ އެނޫންވެސް ގާތް ގުޅުމެއް އޮތް މީހަކަށް ނޭދެވޭ އަމަލެއް ނުވަތަ އަނިޔާވެރި އަމަލެއް ހިންގުން؛ ނުވަތަ
- މީހެއްގެ މުދަލަށް ގެއްލުން ދިނުން.
- އަދި އެ އަމަލު ހިންގާފައިވަނީ، އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ހާސިލުކުރުމަށް ކަމަށްވުން؛
- ބިރުދެއްކި މީހާއާއެކު ނުވަތަ އެހެން މީހަކާއެކު، ޖިންސީ އަމަލެއް ހިންގުވުން ނުވަތަ އެކަމުގައި ބައިވެރިކުރުވުން؛
- ޖިންސީ އެދުންވެރިކަމެއް ފުއްދުމަށްޓަކައި ނުވަތަ ހާސިލުކުރުމަށްޓަކައި އެ މީހެއްގެ ޖިންސީ ގުނަވަނެއް ހާމަކުރުވުން؛
- އެ މީހެއްގެ ޖިންސީ ގުނަވަނެއްގެ ފޮޓޯނެގުން ނުވަތަ ވީޑިއޯކުރުން؛
- އެ މީހެއްގެ ޖިންސީ ގުނަވަނެއްގެ ފޮޓޯ ނުވަތަ ވީޑިއޯ ބިރުދެއްކި މީހާއަށް ނުވަތަ އެހެން މީހަކަށް ފޮނުވުން ނުވަތަ ދެއްކުން ނުވަތަ ށާއިއުކުރުވުން.
- އަދި އެފަދައިން އޭނާ ބިރުދައްކަނީ، މި މާއްދާގެ (ބ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަމަލެއް އެ ތިންވަނަ މީހާ ކޮށްފިނަމަ ނުވަތަ އެއިން ކަމެއް ބިރުދެއްކި މީހާއަށް ހާސިލުވެއްޖެނަމަ، އޭނާ ބިރުދެއްކި އަމަލ،ު އޭނާ ނުކުރާނެ ކަމަށް ބުނެ ކަމަށްވުން.
(ޅ) މާނަކުރުން
- މި މާއްދާގެ (ބ) ގެ ބޭނުމަށްޓަކައި، މި މާއްދާގެ (ބ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ކަންކަން ހާސިލުނުވުމަކީ، މި މާއްދާގައި ބަޔާންކޮށްފައިވާ ކުށް މީހަކު ކުރިކަން ކަނޑައެޅުމަށް އަސަރުކޮށްގެންވާނެ ކަމެއް ނޫނެވެ.
- މި މާއްދާގެ (ބ) ގެ ބޭނުމަށްޓަކައި، "ބިރުދެއްކުން" މި ލަފްޒުގެ މާނައިގެ ތެރޭގައި، އީމެއިލ،ް ނުވަތަ އިންޓަރނެޓް ވެބްސައިޓެއް، ނުވަތަ ސޯށަލް މީޑިއާ އެކައުންޓެއް، ނުވަތަ ޗެޓްރޫމެއް، ނުވަތަ އިލެކްޓްރޯނިކް ނުވަތަ އެނޫންވެސް އެހެން ބާވަތެއްގެ މުވާސަލާތީ ވަސީލަތެއް މެދުވެރިކޮށް އެ މީހަކަށް ބިރުދެއްކުން ހިމެނެއެވެ.
- މި މާއްދާގެ (ބ) ގެ ބޭނުމަށްޓަކައި، "ށާއިއުކުރުން" އަށް ދީފައިވަނީ މި މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- މި މާއްދާގެ (ބ) ގެ ބޭނުމަށްޓަކައި، "ޖިންސީ އަމަލު" އަށް ދީފައިވަނީ މި ގާނޫނުގެ 131 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
(ކ) ދަރަޖަކުރުން
- މި މާއްދާގެ (ބ) ގައި ބަޔާންކުރާ އަމަލު ހިންގީ ކުޑަކުއްޖަކާމެދު ކަމުގައިވާނަމަ، އެއީ ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.
- އެނޫން ހާލަތްތަކުގައި، އެ ކުށަކީ، ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
(އ) ގެއްލުމެއް ދިނުމުގެ ނިޔަތުގައި އޮރިޔާން ކާޑު އާންމުކުރުން
އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ.
- އަންނަނިވި އެއްޗެހި ހިމެނޭ ގޮތުން، އެއްވެސް ވަސީލަތެއް މެދުވެރިކޮށް އެއިން އެއްޗެއް އާންމުކުރުމުގެ ބޭނުމަށްޓަކައި، ޑިސްޓްރިބިއުޓްކުރުން ނުވަތަ ޓްރާންސްމިޓްކުރުން ނުވަތަ ޑިސެމިނޭޓްކުރުން ނުވަތަ ސަރކިއުލޭޓްކުރުން ނުވަތަ ޑެލިވަރކުރުން ނުވަތަ އެގްޒިބިޓްކުރުން ނުވަތަ ފައިދާއެއް ލިބޭގޮތަށް ދޫކުރުން ނުވަތަ ބާޓަރކުރުން ނުވަތަ ވިއްކުން ނުވަތަ ވިއްކާލަން ހުށަހެޅުން ނުވަތަ ކުއްޔަށް ދިނުން ނުވަތަ ކުއްޔަށް ދިނުމަށް ހުށަހެޅުން ނުވަތަ އެނޫން އެހެން ގޮތަކަށްވިޔަސް ހުށަހެޅުން ނުވަތަ އެނޫންވެސް ގޮތަކަށް ލިބޭނެގޮތް ހަމަޖެއްސުން، ނުވަތަ އެކަންކަން ކުރުމަށް އެ މީހެއްގެ އަތުގައި ނުވަތަ ބެލުމުގެ ދަށުގައި ނުވަތަ
ކޮންޓްރޯލުގެ ދަށުގައި އެ އެއްޗެހި ބެހެއްޓުން؛- މީހެއްގެ ޖިންސީ ގުނަވަން ނުވަތަ ގުނަވަންތަކުގެ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ؛
- މީހަކު ހިންގި ނުވަތަ ބައިވެރިވި ޖިންސީ އަމަލެއް ސިފަކޮށްދޭ އަޑާއި، ވާހަކައާއި، އެ މީހާ ޖިންސީ ގުޅުން ހިންގާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި، ވީޑިއޯއާއި މިފަދަ މަންޒަރާއި، އަޑާއި، ވާހަކަ ރެކޯޑުކޮށްފައި ހުންނަ ސީޑީއާއި ޑިސްކެޓް، ޓޭޕް، ޑްރައިވް ފަދަ ތަކެތި.
- އަދި އެ އަމަލު ހިންގާފައިވަނީ، މި މާއްދާގެ (އ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ފޮޓޯ ނުވަތަ ވީޑިއޯ ނުވަތަ އެނޫންވެސް އެއްޗެއް އާންމުކުރުމުގެ ހުއްދަ އޭނާއަށް ލިބިފައި ނެތް ހާލަތުގައި، ނުވަތަ އެ ފޮޓޯ ނުވަތަ ވީޑިއޯ ނުވަތަ އެނޫންވެސް އެއްޗެއް އޭނާގެ އަތުގައި ނުވަތަ ބެލުމުގެ ދަށުގައި ބަހައްޓާފައިވަނީ، އެ ފޮޓޯ ނުވަތަ ވީޑިއޯ ނުވަތަ އެނޫންވެސް އެއްޗެއް ނިސްބަތްވާ ނުވަތަ އެއިން ދައްކުވައިދޭ މީހާގެ ރުހުމެއް ނެތް ހާލަތުގައި، އެކަން އެނގިހުރެ، އެ އެއްޗެއް އާންމުކުރުމުގެ ނިޔަތުގައި ކަމަށްވުން؛ ނުވަތަ
- އަދި އެ އަމަލު ހިންގާފައިވަނީ، ބަދަލެއް ހިފުމުގެ މަގްސަދުގައި ނުވަތަ އެ މީހެއްގެ އިއްޒަތާއި، އަބުރާއި، ކަރާމާތަށް އުނިކަމެއް ގެނައުމުގެ މަގްސަދުގައި ކަމަށްވުން.
(ވ) މި މާއްދާގެ (އ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ހުއްދަ އޮތްކަން ނުވަތަ ނޫންކަމާމެދު ފަރުވާލެއް ނެތި، އެފަދަ އަމަލެއް ކުރާ މީހާ އެކުރަނީ ކުށެކެވެ.
(މ) ހުއްދަކުރެވިގެންވާ ދިފާއު
މި މާއްދާގެ (އ) ނުވަތަ (ވ) ގައި ބަޔާންކޮށްފައިވާ ކުށެއްގެ ދައުވާ އެ މީހަކާ ދެކޮޅަށް އުފުލާފައިވާ ފަރާތުން، މި މާއްދާގެ (އ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ފޮޓޯ ނުވަތަ ވީޑިއޯ ނުވަތަ އެނޫންވެސް އެއްޗެއް އާންމުކޮށްފައިވަނީ، އަންނަނިވި ކަންކަން، އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް އެ ފަރާތަށް ގަބޫލުކުރެވޭތީކަން ސާބިތުކޮށްދީފިނަމަ، އެއީ އެފަދަ ދައުވާއެއްގެ ދިފާއުގައި ބޭނުންކުރެވިދާނެ ހުއްދަކުރެވިގެންވާ ދިފާއެއް ކަމުގައި ބަލަންވާނެއެވެ.
- ނޫސްވެރިއެއްގެ ހައިސިއްޔަތުން ލިޔުމެއް ނުވަތަ އެއްޗެއް ށާއިއުކުރުމުގެ ބޭނުމަށްކަން، އަދި އެ ހާލަތުގައި އެފަދަ އެއްޗެއް ށާއިއުކުރުމަކީ އާންމު މަސްލަހަތު ހިމެނިގެންވާ ނުވަތަ މުޖްތަމައުގެ ބޮޑު ބައެއްގެ މަސްލަހަތާ ގުޅުންހުރި ކަމެއްކަން؛ ނުވަތަ
- އެ ފޮޓޯ ނުވަތަ ވީޑިއޯ ހާމަކުރުމަކީ ނުވަތަ އާންމުކުރުމަކީ ޖިނާއީ ކުށެއް ދެނެގަތުމަށް، ނުވަތަ އެފަދަ ކުށެއް ކުރުން ހުއްޓުވުމަށް، ނުވަތަ ޖިނާއީ ތަހްގީގެއް ހިންގުމުގެ ބޭނުމަށް ކޮންމެހެން މުހިންމު ކަމެއްކަން.
(ފ) އިސްތިސްނާ
މި މާއްދާގެ (އ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ފޮޓޯ ނުވަތަ ވީޑިއޯ ނުވަތަ އެނޫންވެސް އެއްޗެއްގައި ހިމެނޭ ނުވަތަ އެއިން ދައްކުވައިދޭ މީހާއަށް ނުވަތަ ފަރާތަށް އެ ފޮޓޯ ނުވަތަ ވީޑިއޯ ހާމަކުރުމަކީ މި މާއްދާގެ ދަށުން ކުށެއް ކަމުގައެއް ނުބެލެވޭނެއެވެ.
(ދ) ދަރަޖަކުރުން
މި މާއްދާގެ (އ) ގައި ބަޔާންކުރާ ކުށަކީ ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.
(ތ) މި މާއްދާގެ (ވ) ގައި ބަޔާންކުރާ ކުށަކީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
(ލ) ސައިބަރ ސްޓޯކްކުރުން
އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ.
- ކޮމްޕިއުޓަރ ސިސްޓަމެއް މެދުވެރިކޮށް ނުވަތަ މުވާސަލާތީ ވަސީލަތެއް މެދުވެރިކޮށް، ދިގު މުއްދަތެއްގެ ތެރޭގައި، ދެމިގެންދާ ސިފައެއްގައި، މީހަކާމެދު އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް ނުވަތަ އޭގެ ތެރެއިން އެއް އަމަލަށްވުރެ ގިނަ އަމަލ،ު ތަކުރާރުކޮށް ހިންގަ އިގެން އެ މީހެއްގެ އާންމު ދިރިއުޅުމަށް ބޮޑު ނޭދެވޭ އަސަރެއް މެދުވެރިކުރުވުން؛
- ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އޭނާއަށް ފާރަލުން ނުވަތަ އޭނާ ގޮސްއައިސްވާ ތަންތަން މޮނިޓަރކުރުން؛
- އެއްވެސް މުވާސަލާތީ ވަސީލަތެއް މެދުވެރިކޮށް އޭނާއަށް ގުޅައިގެން ނުވަތަ މެސެޖުކޮށްގެން ނުވަތަ ވީޑިއޯ ނުވަތަ އިމޭޖް ނުވަތަ އެނޫންވެސް އެއްޗެއް ފޮނުވައިގެން ނުވަތަ އެފަދަ ވަސީލަތެއް މެދުވެރިކޮށް އެނޫންވެސް ގޮތަކަށް އޭނާއަށް ބިރުދެއްކުން ނުވަތަ ފުރައްސާރަކުރުން؛
- ސޯށަލް މީޑިއާގައި ނުވަތަ މައުލޫމާތު ބަދަލުކުރެވޭ ނުވަތަ ށާއިއުކުރެވޭ އެނޫންވެސް އާންމުކޮށް ހުޅުވާލާފައިވާ ޕްލެޓްފޯމެއްގައި، އޭނާގެ މައުލޫމާތު ނުވަތަ ފޮޓޯ ނުވަތަ ވީޑިއޯ ށާއިއުކޮށްގެން ނުވަތަ އޭނާ ކަމަށް ދައްކުވައިދިނުމަށް ތައްޔާރުކޮށްފައިވާ މައުލޫމާތު ނުވަތަ އިމޭޖް ނުވަތަ ވީޑިއޯ ށާއިއުކޮށްގެން އޭނާއަށް ބިރުދެއްކުން ނުވަތަ ފުރައްސާރަކުރުން ނުވަތަ އެފަދަ ޕްލެޓްފޯމެއްގައި އެނޫންވެސް ގޮތަކަށް އޭނާއަށް ނިސްބަތްކޮށް ހަޑިހުތުރު ބަހުގެ ހަމަލާތައް ދިނުން ނުވަތަ ހަޑިހުތުރު އަމަލުތައް އޭނާއަށް ނިސްބަތްކުރުން.
- އަދި، އެ އަމަލު ހިންގާފައިވަނީ، އެ އަމަލު ރައްދުވާ މީހާއަށް ނުވަތަ އޭނާގެ ގާތް މީހަކަށް ބިރުދެއްކުމަށް ނުވަތަ އެއިން މީހެއްގެ ހިތުގައި ބިރުވެރިކަން އުފެއްދުމަށް، އެނގިހުރެ، އެކަން ކުރުމުގެ ނިޔަތުގައި ކަމަށްވުން.
(ގ) މި މާއްދާގެ (ލ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް މީހަކު ހިންގީ، އެ އަމަލުގެ ސަބަބުން އެ އަމަލު ރައްދުވާ މީހާއަށް ނުވަތަ އޭނާގެ ގާތް މީހަކަށް ބިރުވެރިކަން އިހްސާސްވެދާނެ ކަމާމެދު ފަރުވާލެއް ނެތި ކަމަށްވާނަމަ، އެފަދަ އަމަލެއް ކުރާ މީހާ އެކުރަނީ ކުށެކެވެ.
)ޏ( މި މާއްދާގެ (ލ) ގެ ބޭނުމަށްޓަކައި، "އާންމު ދިރިއުޅުމަށް ބޮޑު ނޭދެވޭ އަސަރެއް ކުރުން" ކަމަށް ބުނެފައި އެވަނީ، ކުށުގެ އަމަލުގެ ސަބަބުން އެ އަމަލު ރައްދުވި މީހާގެ ރައްކާތެރިކަމަށް ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ސިއްހަތަށް ލިބޭ ގެއްލުމެއްގެ ސަބަބުން އެ މީހެއްގެ އާންމު ދިރިއުޅުމަށް ބޮޑު އުނިކަމެއް މެދުވެރިވުމަށެވެ.
)ސ( މި މާއްދާގެ (ލ) ގެ ބޭނުމަށްޓަކައި، "ގާތް މީހެއް" ކަމަށް ބުނެފައި އެވަނީ، ކުށުގެ އަމަލު ރައްދުވި މީހާގެ އާއިލާގެ މީހުންނާއި އޭނާއާ ކާވެނީގެ ގޮތުން ގުޅިފައިވާ މީހާ ނުވަތަ މީހުންނާއި އޭނާގެ ގާތް ރަހްމަތްތެރިން ހިމެނޭ ގޮތުންނެވެ.
)ޑ( މި މާއްދާގެ (ލ) ގެ ބޭނުމަށްޓަކައި، "ފުރައްސާރަކުރުން" ކަމަށް ބުނެފައި އެވަނީ، ކުށުގެ އަމަލު ރައްދުވާ ފަރާތަށް ޖެއްސުންކުރުމުގެ ގޮތުން ނުވަތަ އޭނާ ނިކަމެތިކޮށްލުމުގެ ގޮތުން ހަޑިހުތުރު ނުވަތަ ހަސަދަވެރި ބަހުގެ ހަމަލާތައް ދިނުމާއި، ހަޑިހުތުރު މަންޒަރު އެކުލެވޭ ވީޑިއޯ ނުވަތަ އިމޭޖް ނުވަތަ އެއިން ކަމެއް ދޭހަކޮށްދޭ އެނޫންވެސް އެއްޗެހި ފޮނުވުމާއި ށާއިއުކުރުމާއި، ހަސަދަވެރިކަމުގެ އެނޫންވެސް އަމަލުތައް ހިންގުން ހިމެނޭ ގޮތުންނެވެ.
(ޒ) ދަރަޖަކުރުން
މި މާއްދާގެ (ލ) ގައި ބަޔާންކުރާ ކުށަކީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.
(ޓ) މި މާއްދާގެ (ގ) ގައި ބަޔާންކުރާ ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
ކޮމްޕިއުޓަރާ ގުޅުންހުރި ފޯޖަރީގެ އަމަލުތައް
ކުށް ކަނޑައެޅުން 247.
(ހ) އެނގިހުރެ، އަންނަނިވި އަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ.
- ކޮމްޕިއުޓަރ ޑޭޓާއެއް އިންޕުޓްކޮށްގެން ނުވަތަ އޮލްޓަރކޮށްގެން ނުވަތަ ޑިލީޓްކޮށްގެން ނުވަތަ ސަޕްރެސްކޮށްގެން، އެ ޑޭޓާ ސީދާ ގޮތެއްގައި ކިޔަން ނުވަތަ ދެނެގަންނަން ނޭނގުނަސް، އެ ޑޭޓާ ސައްހަނޫން އެއްޗަކަށް ވެގެންދިޔުމަށް މެދުވެރިކުރުވުން؛
- އަދި އެ އަމަލު ހިންގާފައިވަނީ، ސައްހަނޫން ޑޭޓާއަކީ ގާނޫނީ އެންމެހައި ބޭނުންތަކަށް ސައްހަ ޑޭޓާއެއްގެ ގޮތުގައި ބަލައިގަނެވޭ އެއްޗަކަށް ނުވަތަ އެ މައްޗަށް އަމަލުކުރެވޭ އެއްޗަކަށް ހެދުމުގެ ނިޔަތުގައި ކަމަށްވުން.
(ށ) ދަރަޖަކުރުން
މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށަކީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.
ކޮމްޕިއުޓަރާ ގުޅުންހުރި އޮޅުވާލުމުގެ އަމަލުތައް
ކުށް ކަނޑައެޅުން 248.
(ހ) އެނގިހުރެ، އަންނަނިވި ހާލަތްތަކުގައި އަންނަނިވި އަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ.
- ހުއްދަނެތި ކޮމްޕިއުޓަރ ޑޭޓާއެއް އިންޕުޓްކުރުން ނުވަތަ އޮލްޓަރކުރުން ނުވަތަ ޑިލީޓްކުރުން ނުވަތަ ސަޕްރެސްކުރުން ނުވަތަ ކޮމްޕިއުޓަރ ސިސްޓަމެއްގެ ފަންކްށަންކުރުމަށް އެއްވެސް ބާވަތެއްގެ އިންޓަރފިއަރެންސެއް ހިންގުމާއެކު، އޭގެ ސަބަބުން މީހަކަށް ގެއްލުމެއް ލިބުމަށް މެދުވެރިކުރުވުން؛
- އަދި އެ އަމަލު ހިންގާފައިވަނީ، ހުއްދަނޫން އިގްތިސާދީ ފައިދާއެއް ނުވަތަ އަގުކުރެވޭ ނުހައްގު މަންފާއެއް އޭނާއަށް ނުވަތަ އެހެން މީހަކަށް ހޯދުމުގެ މަކަރުވެރި ނިޔަތުގައި ނުވަތަ ނުރަނގަޅު ނިޔަތުގައި ކަމަށްވުން
(ށ) ދަރަޖަކުރުން
މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށަކީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައް
ކުށް ކަނޑައެޅުން 249.
(ހ) އެނގިހުރެ، ކޮމްޕިއުޓަރ ސިސްޓަމެއް މެދުވެރިކޮށް، ގާނޫނު ނަންބަރު 2010-23 (ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނު) ގެ ދަށުން ހިމާޔަތް ލިއްބައިދީފައިވާ ހައްގަކަށް އަރައިގެންފި މީހާ އެކުރަނީ ކުށެކެވެ.
(ށ) ދަރަޖަކުރުން
މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށަކީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
މާނަކުރުން
މާނަކުރުން 250.
(ހ) "އެކްސެސް" ކަމަށް ބުނެފައި އެވަނީ، ކޮމްޕިއުޓަރ ސިސްޓަމަކަށް ނުވަތަ އެ ސިސްޓަމްގެ އެއްވެސް ބަޔަކަށް ވަނުމަށް މަގުފަހިކޮށްގެން ނުވަތަ އެ ސިސްޓަމް ނުވަތަ އެ ސިސްޓަމްގެ އެއްވެސް ބައެއް ކޮންޓްރޯލުކުރުމަށް މަގުފަހިކޮށްގެން ނުވަތަ އެ ސިސްޓަމްގެ ނުވަތަ އެ ސިސްޓަމްގެ ބައެއްގެ ބޭނުންކުރުމުގެ ހައްގު ހޯދައިގެން ނުވަތަ އެނޫންވެސް ގޮތަކުން ކޮމްޕިއުޓަރ ސިސްޓަމަކަށް ނުވަތަ ކޮމްޕިއުޓަރ ސިސްޓަމެއްގެ ވަކި ބަޔަކަށް އެކްސެސްވާ ވުމަށެވެ.
(ށ) "ޕްރޮގްރާމަށް ނުވަތަ ޑޭޓާއަށް އެކްސެސްވުން" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ކަންކަން ހިމެނޭ ގޮތުންނެވެ.
- ކޮމްޕިއުޓަރ ސިސްޓަމަކުން ވަކި ފަންކްށަނެއް ހިންގައިގެން އަންނަނިވި ގޮތަކުންކުރެ ގޮތަކަށް އެ ސިސްޓަމްގައި ހުރި އެއްވެސް ޕްރޮގްރާމަކަށް ނުވަތަ ޑޭޓާއަކަށް އެކްސެސްވާ ވުމަށެވެ.
- ޕްރޮގްރާމް ނުވަތަ ޑޭޓާ ބޭނުންކުރުން؛
- ޕްރޮގްރާމް ނުވަތަ ޑޭޓާ ނުވަތަ އެއާ ގުޅުންހުރި އެއްވެސް އެއްޗެއް އޮލްޓަރކުރުން ނުވަތަ މޮޑިފައިކުރުން ނުވަތަ ޑިލީޓްކުރުން ނުވަތަ ފޮހެލުން؛
- ޕްރޮގްރާމް ނުވަތަ ޑޭޓާ ކޮޕީކުރުން ނުވަތަ ފޮޓޯނެގުން ނުވަތަ އަންނަނިވި ފަދައިން ޓްރާންސްފަރކުރުން:
(ހހ) އެ ޕްރޮގްރާމް ނުވަތަ ޑޭޓާ ހުރި ކޮމްޕިއުޓަރ ސިސްޓަމް ނުވަތަ ޑިވައިސް ނުވަތަ ސްޓޯރޭޖް މީޑިއަމް ނޫން އެފަދަ އެހެން އެއްޗަކަށް ޓްރާންސްފަރކުރުން؛
(ށށ) އެ ޕްރޮގްރާމް ނުވަތަ ޑޭޓާ ހުރި ކޮމްޕިއުޓަރ ސިސްޓަމް ނުވަތަ ޑިވައިސް ނުވަތަ ސްޓޯރޭޖް މީޑިއަމްގައިވާ ލޮކޭށަން ނޫން އެހެން ލޮކޭށަނަކަށް ޓްރާންސްފަރކުރުން. - ޑިސްޕްލޭކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް އެ ޕްރޮގްރާމް ނުވަތަ ޑޭޓާ އެކުލެވޭ ކޮމްޕިއުޓަރ ސިސްޓަމުން އެ ޑޭޓާ ނުވަތަ ޕްރޮގްރާމް އައުޓްޕުޓްކުރުން.
- މި ގާނޫނުގައި "ޕްރޮގްރާމަށް ނުވަތަ ޑޭޓާއަށް އެކްސެސްވުން" ކަމަށް ނުވަތަ "ޕްރޮގްރާމަކަށް ނުވަތަ ޑޭޓާއަކަށް އެކްސެސް ހޯދުމުގެ ނިޔަތް" ކަމަށް ބުނެފައިވާ އިބާރާތްތައް ކިޔަންވާނީ އެ އިބާރާތްތައް ބޭނުންކޮށްފައި އެވާ ހާލަތަކާ ގުޅޭގޮތަށެވެ.
- މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ (i) ގެ ބޭނުމަށްޓަކައި، އެއްވެސް މީހަކު ޕްރޮގްރާމެއް ބޭނުންކުރި ކަމުގައި ބެލެވޭނީ ކޮމްޕިއުޓަރ ސިސްޓަމަކުން ވަކި ފަންކްށަނެއް ހިންގައިގެން އެ ޕްރޮގްރާމް ހިންގައިފިނަމަ ނުވަތަ އޭނާ ކޮމްޕިއުޓަރ ސިސްޓަމުން ހިންގި ފަންކްށަނަކީ އެއީ އެ ޕްރޮގްރާމްގެ ފަންކްށަނަކަށް ވާނަމައެވެ.
- މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ (iv) ގެ ބޭނުމަށްޓަކައި، ޕްރޮގްރާމެއް އައުޓްޕުޓްކުރުން ކަމުގައި ބެލެވޭނީ އެ ޕްރޮގްރާމްގެ މައްޗަށް އެކުލެވޭ އިރުށާދުތައް އައުޓްޕުޓްކުރެވިފައި ވާނަމައެވެ.
- މި މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، އިރުށާދުތައް ނުވަތަ އެނޫންވެސް ޑޭޓާތައް އައުޓްޕުޓްކުރެވިފައިވާ ގޮތް (ވަކިން ހާއްސަކޮށް އައުޓްޕުޓްކޮށްފައިވަނީ އިރުށާދުތަކެއްނަމަ އެއީ ތަންފީޒުކުރެވިދާނެ ގޮތަކަށް އައުޓްޕުޓްކޮށްފައިވާ އިރުށާދުތަކެއްތޯ ނުވަތަ ނޫންތ،ޯ ނުވަތަ އައުޓްޕުޓްކޮށްފައިވަނީ ޑޭޓާއެއްނަމަ އެ ޑޭޓާއަކީ ކޮމްޕިއުޓަރ ސިސްޓަމެއް ބޭނުންކޮށްގެން ޕްރޮސެސްކުރެވިދާނެ ގޮތަކަށް އައުޓްޕުޓްކޮށްފައިވާ ޑޭޓާއެއްތޯ ނުވަތަ ނޫންތޯ) މުހިންމެއް
ނޫނެވެ.
(ނ) "ކޮމްޕިއުޓަރ ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، ޕްރޮގްރާމެއް ބޭނުންކޮށްގެން އޮޓޮމެޓިކްކޮށް ޑޭޓާ ޕްރޮސެސްކުރާ ޑިޖިޓަލް ނުވަތަ އިލެކްޓްރޯނިކް ޑިވައިސްއެއް ނުވަތަ އެފަދައިން ޑޭޓާ ޕްރޮސެސްކުރާ ޑިވައިސްއެއްގެ މައްޗަށް އެކުލެވ،ޭ ގުޅާލެވިފައިވާ ނުވަތަ ގުޅުންހުރި ބައިވަރު ޑިވައިސްތަކަށެވެ.
(ރ) "ކޮމްޕިއުޓަރ" ކަމަށް ބުނެފައި އެވަނީ، މައުލޫމާތު ބޭނުންކުރެވޭ އިލެކްޓްރޯނިކް، މެގްނެޓިކް، އޮޕްޓިކަލް ނުވަތަ އިލެކްޓްރޯކެމިކަލް ސާމާނާއި، މިފަދަ ގުޅުންހުރި ތަކެއްޗާއި، އަދި ހިސާބު ހެދުމަށާއި، ހަމަ ބޭނުންކޮށްގެން ކުރާ ކަންކަމަށާއި، މައުލޫމާތު ރައްކާކުރުމަށާއި އަދި މުއާމަލާތް ފަހިކޮށްދޭ ގުޅުންހުރި ނުވަތަ އެ ބާވަތުގެ ތަކެއްޗާ ގުޅައިގެން އެފަދަ ކަމެއްކުރެވޭ ތަކެއްޗަށެވެ. ނަމަވެސް އެ މާނައިގައި ތިރީގައި ބަޔާންކުރެވޭ އެއްޗެހި ނުހިމެނޭ ގޮތުންނެވެ.
- އޮޓޮމެޓިކް ޓައިޕްރައިޓަރ، ޓައިޕްސެޓަރ؛
- ހިފައިގެންގުޅޭ ކަލްކިއުލޭޓަރ؛
- ޕްރޮގްރާމްނުކުރެވޭ ނުވަތަ މައުލޫމާތު ރައްކާނުކުރެވޭ ޒާތުގެ ތަކެތި؛
- އެހެންވެސް އެ ބާވަތުގެ ތަކެތި ކަމުގައި ދައުލަތުގެ ކަމާގުޅޭ އިދާރާއަކުން ކަނޑައަޅައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތަކެތި.
(ބ) "ޑޭޓާ" ނުވަތަ "ކޮމްޕިއުޓަރ ޑޭޓާ" ކަމަށް ބުނެފައި އެވަނީ، ކޮމްޕިއުޓަރ ސިސްޓަމެއް ބޭނުންކޮށްގެން ޕްރޮސެސްކުރެވިދާނެ ފަދަ ގޮތަކަށް ހުންނ،ަ ާގިއާތަކެއް ނުވަތަ މައުލޫމާތުތަކެއް ނުވަތަ މަފްހޫމްތަކެއް ރަމްޒުކޮށްދޭ ކޮންމެ އެއްޗަކަށެވެ.
(ޅ) "ކޮންޓެންޓް ޑޭޓާ" ކަމަށް ބުނެފައި އެވަނީ، މުއާމަލާތްތަކުގައި، އެ ކުރެވުނު މުއާމަލާތުގެ ކޮންޓެންޓަށެވެ. މިސާލަކަށް މުއާމަލާތަކުން ފޯރުކޮށްދިން މެސެޖު ނުވަތަ މައުލޫމާތު، ނުވަތަ މުއާމަލާތަކުން މާނަކުރެވޭ ނުވަތަ ދޭހަވާ އެއްޗެއް ނުވަތަ ކަންކަން ހިމެނޭ ގޮތުންނެވެ.
(ކ) "ޑިވައިސް" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ތަކެތި ހިމެނޭ ގޮތުންނެވެ.
- މާއްދީ ނުވަތަ ޑިޖިޓަލް އާލާތްތަކާއި، އިލެކްޓްރޯނިކް ސްޓޯރޭޖް މީޑިއާތަކާއި، އާޓިކަލްއެއް؛
- އިލެކްޓްރޯނިކްކޮށް ހުންނަ އެއްވެސް ޕްރޮގްރާމެއް ނުވަތަ ޑޭޓާއެއް؛
- ކޮމްޕިއުޓަރ ސިސްޓަމަކަށް ނުވަތަ ސިސްޓަމްގެ ބަޔަކަށް ވަނުމަށް ބޭނުންކުރެވިދާނެ ޕާސްވޯޑާއި، އެކްސެސް ކޯޑު ނުވަތަ އިލެކްޓްރޯނިކްކޮށް ނުވަތަ އެނޫންވެސް ސިފައެއްގައި ހުންނަ އެފަދަ އެހެން ޑޭޓާ؛ ނުވަތަ
- އޮޓޮމޭޓެޑް ނުވަތަ އަމިއްލަ ޒާތުގައި މަސައްކަތްކުރާ އެޑެޕްޓިވް ނުވަތަ އޮޓޮނޮމަސް އާލާތްތަކާއި، ޕްރޮގްރާމްތައް ނުވަތަ ކޮމްޕިއުޓަރ ސިސްޓަމްތައް.
(އ) "ފަންކްށަން" ކަމަށް ބުނެފައި އެވަނީ، ކޮމްޕިއުޓަރ ސިސްޓަމެއްގެ ތެރޭގައި ހުންނަ ލޮޖިކް، ކޮންޓްރޯލ،ް އެރިދްމެޓިކް، ޑިލީށަން، ސްޓޯރޭޖް އަދި ރިޓްރީވަލްގެ އިތުރުން، ކޮމްޕިއުޓަރ ސިސްޓަމެއްގެ ެރޭގައި ނުވަތަ އެފަދަ ސިސްޓަމަކުން ނުވަތަ އެފަދަ ސިސްޓަމަކަށް
ކުރެވޭ ކޮމިއުނިކޭށަނާއި، ޓެލެކޮމިއުނިކޭށަނަށެވެ.
(ވ) "އިންޓަރސެޕްޓްކުރުން" ކަމަށް ބުނެފައި އެވަނީ، ކޮމްޕިއުޓަރެއްގެ ފަންކްށަނާ ގުޅޭގޮތުންނަމަ، އެ ފަންކްށަނެއް އަޑުއެހުމާއި، ރެކޯޑުކުރުމާއި، އޭގެ އަސްލު ނުވަތަ އޭގެ މާނަ ނުވަތަ އޭގެ މަފްހޫމް ލިބިގަތުން ހިމެނޭ ގޮތުންނެވެ.
(މ) "ޕްރޮގްރާމް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމް" ކަމަށް ބުނެފައި އެވަނީ، ވަކި އިރުށާދުތަކެއް ނުވަތަ ބަޔާންތަކެއް ރަމްޒުކޮށްދޭ ޑޭޓާއެއް ކޮމްޕިއުޓަރ ސިސްޓަމަކުން އެގްޒެކިއުޓްކޮށްފިނަމަ، އެ ސިސްޓަމަކުން ވަކި ފަންކްށަނެއް ކުރުވައިދޭ ޑޭޓާއަށެވެ.
(ފ) "މީހަކު" ނުވަތަ "މީހާ" އަމަލެއް ކުރުމަށް ނުވަތަ އަމަލެއް ހިންގުމަށް ކަމަށް ބުނެފައި އެވަނީ، އަންނަނިވި ގޮތަކުންކުރެ ގޮތަކަށް ކޮށް ނިމިފައިވާ ކަންކަމާއި ކުރިއަށް އޮތް ތަނުގައި ކުރާނެ ކަންކަން ހިމެނޭ ގޮތުންނެވެ.
- އޮޓޮމޭޓެޑް މެކޭނިޒަމްތަކާއި، އޭގެ ޒާތުގައި އަމިއްލައަށް ހިނގާ، އަދި އެޑެޕްޓިވް ނުވަތަ އޮޓޮނޮމަސް ޑިވައިސްތަކާއި، ޕްރޮގްރާމްތައް ނުވަތަ ކޮމްޕިއުޓަރ ސިސްޓަމެއްގެ ބޭނުންކޮށްގެން ނުވަތަ އެއިން އެއްޗެއް މެދުވެރިވެގެން ކުރާ ކަންކަން؛
- އާންމު ހިދުމަތެއް އަދާކުރުމުގެ ތެރޭގައި ސަރުކާރުން ކޮންޓްރޯލުކުރާ ކޮމްޕިއުޓަރ ސިސްޓަމަކުން ނުވަތަ އާންމު ކޮމްޕިއުޓަރ ސިސްޓަމަކުން ކުރާ އެންމެހައި ކަންކަން؛
- އެއްވެސް ކޮމްޕިއުޓަރ ސިސްޓަމަކުން ކުރާ ކަމެއް.
(ދ) އަމަލެއް "ކުރުން" ނުވަތަ "ހިންގުން" ކަމަށް ބުނެފައި އެވަނީ، އެ އަމަލެއް ކުރުމަށް ނުވަތަ ހިންގުމަށް މެދުވެރިކުރުވާ ކުރުން ހިމެނޭ ގޮތުންނެވެ.
(ތ) "ކަމެއް" ނުވަތަ "އަމަލެއް" ކަމަށް ބުނެފައި އެވަނީ، އެއް ކަމަށްވުރެ ގިނަ ކަންކަން ހިމެނޭ ގޮތުންނެވެ.
(ލ) "މުހިންމު އުމްރާނީ ވަސީލަތަކާ ގުޅިފައިވާ ކޮމްޕިއުޓަރ ސިސްޓަމެއް" ކަމަށް ބުނެފައި އެވަނީ، ފެނާއި، ކަރަންޓާއި، ދަތުރުފަތުރާއި، މުވާސަލާތީ ހިދުމަތްތައް ފަދަ އަސާސީ ހިދުމަތްތަކާއި އާންމު ބޭނުންތަކުގެ ހިދުމަތްތައް ފޯރުކޮށްދިނުމާގުޅޭ އިންފޮމޭށަން ސިސްޓަމްތަކާއި، މާލީ އިދާރާތަކުގެ އިންފޮމޭށަން ސިސްޓަމްތަކާއި، ދައުލަތުގެ ދިފާއާއި އިންޓެލިޖެންސްއާގުޅޭ މައުލޫމާތު ސިސްޓަމްތަކާއި، އެއަށް ގެއްލުމެއް ދީފިނަމަ ދައުލަތް ހިންގުމުގެ ނިޒާމަށް ނުވަތަ ގައުމީ ސަލާމަތަށް ނޭދެވޭ އަސަރެއް ކުރުވާފަދަ ކޮންމެ ސިސްޓަމެއް ނުވަތަ ނެޓްވަރކްއަކަށެވެ.
(ގ) "މުހިންމު އުމްރާނީ ވަސީލަތަކާ ގުޅިފައިވާ ކޮމްޕިއުޓަރ ޕްރޮގްރާމެއް ނުވަތަ ޑޭޓާއެއް" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ކަންކަން ހިމެނޭ ގޮތުން، މުހިންމު އުމްރާނީ ވަސީލަތަކާ ގުޅިފައިވާ ކޮމްޕިއުޓަރ ސިސްޓަމަކާ ގުޅިފައިވާ ނުވަތަ އެ ސިސްޓަމެއްގައި ހިމެނޭ ޕްރޮގްރާމެއް ނުވަތަ ޑޭޓާއަކަށެވެ.
- މުހިންމު އުމްރާނީ ވަސީލަތެއް ހިންގުމަށް ނުވަތަ އޭގެ ރައްކާތެރިކަމަށް ބޭނުންވާ ޑޭޓާ؛
- މުހިންމު އުމްރާނީ ވަސީލަތަކާ ގުޅިފައިވާ ކޮމްޕިއުޓަރ ސިސްޓަމްތައް ހިންގުމަށް ނުވަތަ މޮނިޓަރކުރުމަށް، ނުވަތަ އޭގެ ކޮންޓްރޯލް ނުވަތަ ރައްކާތެރިކަމަށް، ސީދާ ގޮތުގައި ނުވަތަ ނުސީދާ ގޮތުގައި، އެހީތެރިވެދޭ ސޮފްޓްވެއަރ ނުވަތަ އެޕްލިކޭށަން ނުވަތަ ޕްރޮގްރާމް.
2 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
މައި ގާނޫނު
ގާނޫނުލްއުގޫބާތު (ގާނޫނު ނަންބަރު 2014-09)
ކިޔުންތެރިންގެ ހިޔާލު