-

ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނޫ (ގާނޫނު ނަންބަރު 2008-10) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2019-11)

 

 

ގާނޫނު ނަންބަރު 2008-10 ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު އަށް އަންނަނިވި އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ -  ބުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

5. މެންބަރުންގެ ހުރުން ލާޒިމުވާ ސިފަތައް       

(ހ) މި ގާނޫނުގެ 3 ވަނަ މާއްދާގެ 6 ވަނަ ނަންބަރާއި، 8 ވަނަ ނަންބަރާއި، 10 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކޮމިށަނުގެ މެންބަރުން މެންބަރުކަމުގެ މަގާމުގައި ދެމިތިބޭއިރު ތިރީގައިމިވާ ސިފަތައް އެ މެންބަރުންގެ ކިބައިގައި ފުރިހަމަވާންވާނެއެވެ.

  1.  މުސްލިމަކު ކަމުގައިވުން؛
  2. ދިވެހި ރައްޔިތަކު ކަމުގައިވުން، އަދި ބޭރު ގައުމެއްގެ ރައްޔިތެއްކަމުގައި ނުވުން؛
  3.  އުމުރުން 30 (ތިރީސް) އަހަރު ވެފައިވުން؛
  4. އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
  5. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިޚާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން؛
  6. ސިޔާސީ ޕާޓީއެއްގެ މެންބަރު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން؛
  7. ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން.

(ށ) މި ގާނޫނުގެ 3 ވަނަ މާއްދާގެ 10 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މެންބަރު ވާންވާނީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވާ މީހަކަށެވެ.

(ނ) މި ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ މެންބަރުންގެ ތެރެއިން ބަންޑާރަނައިބު ފިޔަވައި، އެހެން އެއްވެސް ފަރާތެއް، ކޮމިށަނުގެ މެންބަރެއްގެ ގޮތުގައި ދެމިހުރިހާ ހިނދަކު، ގާނޫނީ ވަކީލެއްގެ ގޮތުގައި ނުވަތަ ދައުވާކުރާ ނުވަތަ ދައުވާލިބޭ ފަރާތެއްގެ ބަދަލުގައި ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކޮށްގެން ނުވާނެއެވެ.

 

2 ވަނަ މާއްދާ -  ބުނެވިދިޔަ ގާނޫނުގެ 7 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

7. ކޮމިށަނުގެ ރައީސާއި ނައިބުރައީސް އައްޔަންކޮށް ވަކިކުރުން

(ހ) ކޮމިށަނުގެ ރައީސަކާއި، ނައިބުރައީސަކު އައްޔަންކުރާނީ ކޮމިށަނުގެ މެންބަރުންގެ ތެރެއިން، ކޮމިށަނުގެ މެންބަރުންނެވެ. އަދި މިގޮތުން ކޮމިށަނުގެ ރައީސަކާއި، ނައިބުރައީސަކަށް އައްޔަންކުރާ ބަޔަކު، އެ މަގާމަށް އައްޔަންކުރާތާ ގިނަވެގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާއަށް ކޮމިށަނުން އަންގަންވާނެއެވެ.

(ށ) ކޮމިށަނުގެ ރައީސް ނުވަތަ ނައިބުރައީސް އެ މަގާމުން ވަކިވާނީ ކޮމިށަނުގެ ރައީސް ނުވަތަ ނައިބުރައީސް އެ މަގާމުން ވަކިކުރުމަށް ކޮމިށަނުގެ މެންބަރުންގެ ތެރެއިން  4 (ހަތަރެއް) މެންބަރަކު، ކޮމިށަނުގެ ޖަލްސާއަކަށް ހުށަހަޅައި، އެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރުމުންނެވެ.

(ނ) ކޮމިށަނުގެ ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ، ކޮމިށަނުގެ ނައިބުރައީސެވެ. އަދި ކޮމިށަނުގެ ނައިބުރައީސްގެ އިތުބާރު ނެތްކަމަށް ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ ކޮމިށަނުގެ ރައީސްއެވެ. ކޮމިށަނުގެ ރައީސް އަދި ނައިބުރައީސަށް ރިޔާސަތު ބެލެހެއްޓެން ނެތް ހާލަތެއް މެދުވެރިވެއްޖެނަމަ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ، ކޮމިށަނުގެ މެންބަރުންގެ ތެރެއިން އެކަމަށް ކަނޑައެޅޭ މެންބަރެކެވެ.

(ރ) ކޮމިށަނުގެ ރައީސް ނުވަތަ ނައިބުރައީސްގެ އިތުބާރު ނެތްކަމަށް ހުށަހެޅިއްޖެނަމަ،   އެ ނިންމުމަށް ވޯޓަށް އަހައި ގޮތެއް ނިންމުމަށްފަހު މެނުވީ ކޮމިށަނުގެ އިތުރު މަސައްކަތެއް ތާވަލުކޮށްގެން ނުވާނެއެވެ. އަދި ކޮމިށަނުގެ ރައީސް ނުވަތަ ނައިބުރައީސްގެ އިތުބާރު ނެތްކަމަށް ހުށަހެޅި ފާސްވެއްޖެނަމަ، މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކޮމިށަނުން އެ މަގާމަށް މީހަކު އައްޔަންކުރަންވާނެއެވެ.

(ބ) ކޮމިށަނުގެ ރައީސް ނުވަތަ ނައިބުރައީސްގެ އިތުބާރުނެތްކަމަށް ފާސްކުރާ ފާސްކުރުމާމެދު އެއްވެސް ކޯޓަކަށް މައްސަލައެއް ހުށައެއްނޭޅޭނެއެވެ.

 

3 ވަނަ މާއްދާ -  ބުނެވިދިޔަ ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

10. (ހ) (4) މި ގާނޫނުގެ 3 ވަނަ މާއްދާގެ 6 ވަނަ ނަންބަރާއި، 8 ވަނަ ނަންބަރާއި  10 ވަނަ ނަންބަރުގެ ދަށުން އައްޔަންކުރެވޭ މެންބަރުން ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ސިޔާސީ މަގާމަކަށް ކުރިމަތިލުމުން؛

 

4 ވަނަ މާއްދާ -  ބުނެވިދިޔަ ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ 6 ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ފަދައިން ނަންބަރެއް އިތުރުކުރުން. 

10. (ހ) (7) މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ނުކުޅެދޭފަދަ ދާއިމީ ހާލަތެއް ކުރިމަތިވުމުން.

  

5 ވަނަ މާއްދާ -  ބުނެވިދިޔަ ގާނޫނުގެ 10 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

10. (ށ) ކޮމިށަނުގެ ރައީސްގެ މަގާމު ނުވަތަ ނައިބުރައީސްގެ މަގާމު ހުސްވެއްޖެކަމަށް ބެލޭނީ،ރައީސާއި ނައިބުރައީސްއާ ދެމީހުންކުރެ މީހަކު އެމީހެއްގެ މަގާމުން އިސްތިއުފާދިނުމުން ނުވަތަ މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޮމިށަނުގެ ރައީސް ނުވަތަ ނައިބުރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރުމުންނެވެ. ނުވަތަ އެއިން ފަރާތެއްގެ މެންބަރުކަމުގެ މަގާމު ހުސްވެއްޖެކަމަށް ބެލެވޭ ހާލަތެއް ކުރިމަތިވުމުންނެވެ.

 

6 ވަނަ މާއްދާ -  ބުނެވިދިޔަ ގާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގެ 6 ވަނަ ނަންބަރާއި 7 ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން. 

17. (ހ)

(6) އެއްވެސް ފަރާތަކަށް ޖެހިލުންވުމެއްނެތި، ވަކި ފަރާތަކަށް މަންފާއެއް ހޯދައިދިނުމެއްނެތި، ތައައްޞުބުން އެއްކިބާވެހުރެ މުސްތަޤިއްލުކަމާއެކު، އަދުލު އިންސާފު ގާއިމުކުރުމުގެ ކަންތައްތައް ހިންގުމުގައްޔާއި ކޯޓުތަކާގުޅޭ އެހެނިހެން ކަންތައްތައްވެސް ގާނޫނުއަސާސީއާއި ގާނޫނާ އެއްގޮތަށް ކުރުމާއި ކަންކަން ނިންމުން؛ 

(7) ކޮމިށަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން މެންބަރަކު ކުރާކަމަކުން، ނުވަތަ ބައިވެރިވާ ބައިވެރިވުމަކުން، ނުވަތަ ދައްކާ ވާހަކައަކުން، ނުވަތަ ފާޅުކުރާ ޚިޔާލަކުން، ނުވަތަ އެނޫންވެސް އެހެން ގޮތަކުން، އެ މެންބަރެއްގެ އިންސާފުވެރިކަމާމެދު ސުވާލު އުފެދޭނެ އެއްވެސް ކަމެއް ނުކުރުން؛

 

7 ވަނަ މާއްދާ -  ބުނެވިދިޔަ ގާނޫނުގެ 17 ވަނަ މާއްދާގެ، ތިރީގައި ނަކަލުކޮށްފައިވާ (ށ) އުނިކުރުން.

17. (ށ) ކޮމިށަނުން ނިންމާ ނިންމުމެއްގައި ބައިވެރިވި މެންބަރެއް މި މާއްދާގެ (ހ) އާ ޚިލާފަށް ކަމެއްކޮށްފައިވާކަމަށް ކޮމިށަނުން ކަނޑައަޅައިފިނަމަ، އެ މެންބަރަކު ބައިވެރިވެގެން ކޮމިށަނުން ނިންމާފައިވާ އެކަމެއް އަލުން މުރާޖައާކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

8 ވަނަ މާއްދާ -  ބުނެވިދިޔަ ގާނޫނުގެ 17 ވަނަ މާއްދާގެ، ތިރީގައި ނަކަލުކޮށްފައިވާ (ނ) އުނިކުރުން. 

17. (ނ) ކޮމިށަނުގެ މެންބަރެއް ގާނޫނާ ޚިލާފަށް ކަމެއް ކޮށްފައިވާ ކަމަށް ށަރުއީ ކޯޓަށް ސާބިތުވެއްޖެނަމަ، އެކަމެއްގައި ކޯޓުން ކަނޑައަޅާ ގޮތެއްގެމަތިން ކޮމިށަނުން ޒިންމާ އުފުލުމުގެ އިތުރަށް، ގާނޫނާ ޚިލާފުވި އެ މެންބަރަކާމެދު ގާނޫނުގައިވާ ގޮތުގެމަތިން ފިޔަވަޅު އެޅުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

 

9 ވަނަ މާއްދާ -  ބުނެވިދިޔަ ގާނޫނުގެ 19 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

19. ކޮމިށަނުގެ ޖަލްސާތައް

ކޮމިށަނުގެ ޖަލްސާތައް ބާއްވަންވާނީ މި މާއްދާގައިވާ ގޮތުގެމަތިންނެވެ.

(ހ) ކޮމިށަނުގެ ޖަލްސާއެއް މަދުވެގެން ކޮންމެ މަހަކު 1 (އެކެއް) ފަހަރު ބާއްވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖަލްސާގެ އިތުރުން، ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ކޮމިށަނުގެ ޖަލްސާއެއް ބޭއްވިދާނެއެވެ.

  1. ކޮމިށަނުގެ ރައީސް ކޮމިށަނުގެ ޖަލްސާއަކަށް ގޮވާލުން؛
  2. ކޮމިށަނުގެ ޖަލްސާއެއް ބޭއްވުމަށް ކޮމިށަނުން ނިންމުން؛
  3. ކޮމިށަނުގެ މެންބަރުންގެ ތެރެއިން 4 (ހަތަރެއް) މެންބަރުން ޖަލްސާއެއް ބޭއްވުމަށް އެދުން؛
  4. ކުއްލި ޖަލްސާއެއް ބޭއްވުމަށް މި މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ނިންމުން.

(ނ) ކުއްލި ޖަލްސާއެއް ބާއްވަންޖެހިއްޖެ ހާލަތެއްގައި ފިޔަވައި، ކޮމިށަނުގެ ޖަލްސާއެއް ބާއްވަންވާނީ މަދުވެގެން 12 (ބާރަ) ގަޑިއިރުގެ ނޯޓިހެއް މެންބަރުންނަށް ދިނުމަށްފަހުގައެވެ.

(ރ) ކޮމިށަނުގެ ކުއްލި ޖަލްސާއެއް ބޭއްވޭނީ، ކޮމިށަނުގެ މެންބަރުންގެ ތެރެއިން މަދުވެގެން 3 (ތިނެއް) މެންބަރުން ކޮމިށަނުގެ ޖަލްސާއެއް ބޭއްވުމަށް އެދި ސަބަބު ބަޔާންކޮށް ހުށަހެޅުމުންނެވެ. އަދި އެ ހާލަތުގައި ކޮމިށަނުގެ ކުއްލި ޖަލްސާއެއް ބޭއްވޭނެ އިންތިޒާމު ކޮމިށަނުގެ ސެކްރެޓަރީ ޖެނެރަލް ވީއެންމެ އަވަހަކަށް ހަމަޖައްސަންވާނެއެވެ.

(ބ) ކޮމިށަނުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކޮންމެ ކަމަކާމެދުވެސް ކުއްލި ޖަލްސާއެއް ބޭއްވުމަށް އެދެވިދާނެއެވެ. އެހެންނަމަވެސް ކުއްލި ޖަލްސާއެއްގައި ނިންމޭނީ، އެ ޖަލްސާ ބޭއްވުމަށް އެދި ހުށަހެޅި މައްސަލައަށް ނުވަތަ އެ މައްސަލައާ ގުޅުންހުރި ކަންކަމަށެވެ.

(ޅ) ކުއްލި ޖަލްސާއެއް ބޭއްވުމަށް އެދޭތާ ގިނަވެގެން 12 (ބާރަ) ގަޑިއިރުގެ ތެރޭގައި އެ ޖަލްސާއެއް ބާއްވަންވާނެއެވެ.

(ކ) އެއްވެސް ސަބަބެއް މެދުވެރިވެގެން ކުއްލި ޖަލްސާއަކަށް ހާޒިރުނުވެވުނުނަމަ، އެ ޖަލްސާއެއް ތާވަލުކުރެވުނު ވަގުތުން ފެށިގެން ލަސްވެގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި އެ ޖަލްސާއަށް ހާޒިރުނުވެވުނު ސަބަބު ކޮމިށަނުގެ ރައީސަށް  އެ މެންބަރަކު ލިޔުމުން އަންގަންވާނެއެވެ.

 

10 ވަނަ މާއްދާ -  ބުނެވިދިޔަ ގާނޫނުގެ 20 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

20. (ރ) ކޮމިށަނުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާ މީހަކު، ކޮމިށަނުގެ އެ ޖަލްސާގައި ނިންމާ ނިންމުންތަކުގައި ވޯޓު ދީގެން ނުވާނެއެވެ. އެހެންނަމަވެސް، ކަމަކާމެދު ނަގާ ވޯޓުގެ ފެންނަ ނުފެންނަ އަދަދު ހަމަހަމަވެއްޖެ ހާލަތެއްގައި އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާ މީހަކު އޭނާއަށް ފެންނަ ކޮޅަކަށް ވޯޓު ދޭންވާނެއެވެ.

 

11 ވަނަ މާއްދާ -  ބުނެވިދިޔަ ގާނޫނުގެ 21 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

21. (ށ) އުއްތަމަފަނޑިޔާރާއި، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުންނާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންގެ ގާބިލުކަމާއި މަސައްކަތުގެ ފެންވަރު ވަޒަންކުރުމާއި، ފަނޑިޔާރުންނާ ބެހޭގޮތުން އުފުލާ ށަކުވާތައް ބެލުމާއި، އެ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މަގާމުން ވަކިކުރަންޖެހޭ މީހުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 21 ވަނަ މާއްދާގެ (ނ) ގެ 4 ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ފަދައިން ހަތަރު ނަންބަރު އިތުރުކުރުން.

21. (ނ)

(5) ފަނޑިޔާރުންގެ ގާބިލުކަމާއި މަސައްކަތުގެ ފެންވަރު ވަޒަންކޮށް ކުރިއެރުން ދޭނެ ގޮތް؛

(6) ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތް؛

(7) ށަރުއީ ދާއިރާގެ ނުވަތަ ގާނޫނީ ދާއިރާގެ މަސައްކަތަކަށް ނުވަތަ ތަމްރީނަށް ނުވަތަ ބޭރު ގައުމެއްގައި ނުވަތަ ބައިނަލްއަގުވާމީ ޖަމްއިއްޔާއެއްގައި މަސައްކަތްކުރުމަށް ފަނޑިޔާރުން ވީއްލުމުގައި އަމަލުކުރާނެ ގޮތް؛

(8) ފަނޑިޔާރުންގެ ސުލޫކާއި ފެންވަރާމެދު ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތް.

 

13 ވަނަ މާއްދާ -  ބުނެވިދިޔަ ގާނޫނުގެ 21 ވަނަ މާއްދާގެ (ބ) އަދި (ޅ) އިސްލާހުކޮށް، އެ މާއްދާގެ (ޅ) ގެ ފަހަތަށް އަންނަނިވި އަކުރުތައް އިތުރުކުރުން.

21. (ބ) ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ އާންމު އިދާރީ ކަންކަން ރާވައި ހިންގައި ބެލެހެއްޓުން.

(ޅ) ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަންގެ ލަފާގެމަތިން ފަނޑިޔާރުގެ ރުހުން ހޯދުމަށްފަހު، އެ ފަނޑިޔާރަކު މަސައްކަތްކުރަމުން އައި ކޯޓާ އެއް ދަރަޖައެއްގެ އެހެން ކޯޓެއްގައި ވަގުތީ ގޮތުން މަސައްކަތްކުރުމަށް ހަމަޖެއްސުން.

(ކ) ށަރުއީ ދާއިރާގެ ނުވަތަ ގާނޫނީ ދާއިރާގެ މަސައްކަތަކަށް ނުވަތަ ތަމްރީނަށް ނުވަތަ ބޭރު ގައުމެއްގައި ނުވަތަ ބައިނަލްއަގުވާމީ ޖަމްއިއްޔާއެއްގައި މަސައްކަތްކުރުމަށް ފަނޑިޔާރުން ވީއްލުން.

(އ) ފަނޑިޔާރަކު އެދިއްޖެނަމަ، އޭނާ މަސައްކަތްކުރާ ކޯޓާ އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކުރުން.

(ވ) ހައިކޯޓާއި، ސުޕީރިއަރ ކޯޓުތަކުގެ އިސް ފަނޑިޔާރުންނާއި އިސް ގާޟީން އައްޔަންކުރުމާއި، ޖުޑީށަލް ދާއިރާތަކުގެ އިސް ގާޟީންނާއި، އިސް މެޖިސްޓްރޭޓުން އައްޔަންކުރުމާއި ބަދަލުކުރުމާއި ވަކިކުރުން.

(މ) ހައިކޯޓާއި، ސުޕީރިއަރ ކޯޓުތަކާއި މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރެއްގެ މަގާމު ހުސްވެއްޖެނަމަ ހުސްވާ މަގާމަށް ފަނޑިޔާރުން އައްޔަންކުރުން.

(ފ) ފަނޑިޔާރުންގެ މައުލޫމާތު ފައިލް ބަލަހައްޓައި، ފަނޑިޔާރުންގެ ރެކޯޑް ބެލެހެއްޓުން.

 

14 ވަނަ މާއްދާ -  ބުނެވިދިޔަ ގާނޫނުގެ 21 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާތައް އިތުރުކުރުން

21-1 ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަން އުފެއްދުން

(ހ) ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ އާންމު އިދާރީ ކަންކަން ރާވައި ހިންގައި ބެލެހެއްޓުމަށްޓަކައި، މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަންގެ ނަމުގައި އިދާރާއެއް އުފެދުނީއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ އިދާރާ އުފެދުމާއެކު، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގަމުންއައި ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަން އުވި، އެ ޑިޕާޓްމަންޓްގެ ހުރިހާ މުވައްޒަފުންނާއި، މަސައްކަތްތަކާއި، އެ ޑިޕާޓްމަންޓްގެ ހުރިހާ ވަސީލަތްތަކާއި، އެންމެހައި މާލީ އަދި މަދަނީ ޒިންމާތަކާއި ހައްގުތައް، މި ގާނޫނުގެ ދަށުން އުފެދޭ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް އެހިނދުން ފެށިގެން ބަދަލުވީއެވެ.

(ނ) މި ގާނޫނުގެ 21-3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރ އައްޔަންކުރުމާ ހަމައަށް، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަންގައި ހުރި ޖުޑީށަލް އެޑްމިނިސްޓްރޭޓަރ، މި ގާނޫނުގައި ބަޔާންކޮށްފައިވާ ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރުގެ މަސްއޫލިއްޔަތުތައް އަދާކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން އުފެދޭ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނިގެންވެއެވެ.

  1. ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ދަށުގައި ހިމެނޭ އެންމެހައި ކޯޓުތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލުމާއި، އިދާރީ މުވައްޒަފުންގެ ވަޒީފާއާބެހޭ ކަންކަން އެ ކޯޓެއްގެ ޗީފް އެޑްމިނިސްޓްރޭޓަރ ނުވަތަ އިދާރީ އެންމެ އިސް މުވައްޒަފުގެ މަޝްވަރާގެ މަތިން ހިންގައި ބެލެހެއްޓުން؛
  2. ކޯޓުތަކަށް އިދާރީ މުވައްޒަފުން އައްޔަންކުރުމާއި، މަގާމުގެ ކުރިއެރުންދިނުމާއި، އިދާރީ ފިޔަވަޅު އެޅުމާއި، ވަކިކުރުން؛
  3. ޖުޑީށަލް ސަރވިސް ކޮމިށަނުން ކަނޑައަޅާ އުސޫލަކުން ފަނޑިޔާރުންނަށާއި، ޖުޑީށަލް ސަރވިސް ކޮމިށަނުގެ މެންބަރުންނަށާއި، ކޮމިށަނުގެ މުވައްޒަފުންނަށާއި، ށަރުއީ ދާއިރާއަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތަކާއި ތާޒާކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން؛
  4. ފަނޑިޔާރުންގެ އިލްމީ ފެންވަރު މަތިކުރުމުގެ ގޮތުންނާއި ފަންނީ ހުނަރު އިތުރުކުރުމުގެ ގޮތުން ބާއްވަންޖެހޭ ބައްދަލުވުންތަކާއި، ސެމިނާރ އަދި ކޮންފަރެންސްތައް ޖުޑީށަލް ސަރވިސް ކޮމިށަނުން ކަނޑައަޅާ އުސޫލާ އެއްގޮތަށް ބޭއްވުން؛
  5. ގާނޫނުތަކަށާއި ގާނޫނީ ނިޒާމަށް އަންނަ ބަދަލުތަކާގުޅޭ މައުލޫމާތާއި ތަމްރީން ދިނުމާބެހޭ ކަންކަން ރާވައި ހިންގުން؛
  6. ކޯޓުތަކުގެ ނިންމުންތައް ފުރިހަމައަށް ރެކޯޑްކޮށް ބެލެހެއްޓުމާއި އެ ނިންމުންތައް އާންމުކޮށް ފަސޭހައިން ލިބެން ހުންނާނެ ނިޒާމެއް ގާއިމުކުރުން؛
  7. އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ކޮންސޮލިޑޭޓެޑް ބަޖެޓް ކޯޓުތަކުގެ މަޝްވަރާއާއެކު އެކުލަވާލުން؛
  8. ރަޖިސްޓްރާރއެއް ހުންނަންވާނެކަމަށް ގާނޫނުގައި ކަނޑައަޅާފައިވާ އެންމެހައި ކޯޓުތަކަށް ރަޖިސްޓްރާރއިން އައްޔަންކުރުމާއި ވަކިކުރުން؛
  9.  ކޯޓުތަކަށް ބޭނުންވާނެ އެކިއެކި ވަސީލަތްތައް ސަރުކާރާއި އެހެނިހެން އިދާރާތަކުން ހޯދައިދިނުން؛
  10. ކޯޓުތަކުގެ ފައިސާ ބެލެހެއްޓުމުގެ ކަންތައްތައް، ދައުލަތުގެ މާލިއްޔަތުގެ ގާނޫނު ( (ގާނޫނު ނަންބަރު 3/2006)) ގައިވާ ގޮތުގެމަތިން، ހިނގާތޯ ބެލުމަށްޓަކައި އިންޓަރނަލް އޮޑިޓްގެ ނިޒާމެއް ގާއިމުކޮށް ބެލެހެއްޓުން؛
  11. ކޮންމެ މީލާދީ އަހަރެއް ނިމުމުން، އެ ނިމުނު އަހަރު ށަރުއީ ދާއިރާ ހިނގި ގޮތުގެ ރިޕޯޓެއް ތައްޔާރުކޮށް އެ ރިޕޯޓު އުއްތަމަފަނޑިޔާރަށާއި، ރައްޔިތުންގެ މަޖިލީހަށާއި، ޖުޑީށަލް ސަރވިސް ކޮމިށަނަށް، ވިދިގެން އަންނަ އަހަރުގެ ފެބުރުވަރީ މަސް ނިމުމުގެ ކުރިން ފޮނުވައި، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަންގެ ވެބްސައިޓްގައި އެ ރިޕޯޓު ށާއިއުކުރުން.
  12. އެކިއެކި ޖުޑީށަލް ދާއިރާތަކުގެ މައްސަލަތައް ނުނިމި ލަސްވުމުގެ ސަބަބުން ނުވަތަ އެ ދާއިރާއެއްގައި މެޖިސްޓްރޭޓުން މަދުވުމުގެ ސަބަބުން މައްސަލަ ބެލުން ލަސްވަމުންދާނަމަ، ޖުޑީށަލް ސަރވިސް ކޮމިށަނުން ކަނޑައަޅާ އުސޫލަކުން ރަށްރަށަށް ފޮނުވަންޖެހޭ ށަރުއީ ވަފުދުތައް ފޮނުވުމުގެ އިދާރީ ކަންކަން ހަމަޖެއްސުން؛
  13. ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ އެންމެހައި ކޯޓުތަކުގެ އިދާރީ މުވައްޒަފުންގެ ވަޒީފާއާބެހޭ ކަންކަން ޖުޑީށަލް ސަރވިސް ކޮމިށަނުން ކަނޑައަޅާ އުސޫލަކާ އެއްގޮތްވާ ގޮތުގެމަތިން، ހިންގައި ބެލެހެއްޓުން؛
  14. މެޖިސްޓްރޭޓް ކޯޓުތަކުގެ ހަރަދުތަކަށް ފޮނުވަންޖެހޭ ފައިސާ، ހަމަޖެހިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ފޮނުވައި، އެކަމުގެ ރެކޯޑް ބެލެހެއްޓުމާއި، ކޯޓުތަކުގެ ފައިސާގެ ހިސާބުތައް އޮޑިޓްކުރުން؛
  15. ދުވަސްވީ ށަރުއީ ލިޔުންތައް ގިނަ ދުވަހަށް ދެމިހުންނާނެ ގޮތަކަށް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، އެ ލިޔުންތަކަކީ އާންމުކޮށް ލިބޭ ލިޔުންތަކެއްގެ ގޮތުގައި ހަމަޖައްސައި، އެ ލިޔުންތަކުގެ ކަރުދާސްކޮޕީ ލިބޭނެގޮތް ހަމަޖެއްސުން؛
  16. ށަރުއީ ދާއިރާގެ ބޭނުމަށްޓަކައި ހޯދަންޖެހޭ އިމާރާތްތައް ހޯދުމާއި އިމާރާތްކުރަންޖެހޭ ތަންތަން ކަނޑައަޅައި އިމާރާތްކުރުމާއި މަރާމާތުކުރަންޖެހޭ ތަންތަން މަރާމާތުކޮށް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން؛
  17. އަމަލުކުރެވެމުންދާ ގާނޫނާއި، ގަވާއިދުތަކާއި، އެ ގާނޫނުތަކާއި ގަވާއިދުތަކަށް އަންނަ އިސްލާހުތަކާއި، އުސޫލުތައް ކޯޓުތަކަށް ފަސޭހައިން ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެއްސުން؛
  18. ކޯޓުތަކުގެ ތަފާސްހިސާބު އެއްކުރުމާއި، ރައްކާކުރުމާއި އާންމުކޮށް ށާއިއުކުރުން؛
  19. ކޯޓުތަކަށް ހޯދަންޖެހޭ އެންމެހައި ތަކެތި، ކޯޓުތަކުން އެދޭ ގޮތުގެމަތިން، ހޯދޭނެ އިންތިޒާމު ހަމަޖައްސައި، އެ ތަކެތީގެ އިންވެންޓްރީ ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން؛
  20. ޖުޑީށަލް ސަރވިސް ކޮމިށަނުގެ ވާޖިބު އަދާކުރުމަށް ބޭނުންވާ އެހީތެރިކަން އެ ފަރާތަށް ފޯރުކޮށްދިނުން؛
  21. ޖުޑީށަލް ސަރވިސް ކޮމިށަނުގެ ލަފަޔާއެކު ދިވެހިރާއްޖޭގެ ސުޕްރީމްކޯޓާއި، ހައިކޯޓުގެ ފަނޑިޔާރުން ފިޔަވައި، އެހެން ކޯޓުތަކުގެ ފަނޑިޔާރުންގެ އަދަދު ކަނޑައެޅުން؛
  22. ފަނޑިޔާރުންނަށް ޗުއްޓީ ދިނުން؛
  23. ކޯޓު ހިންގުމާ ހަވާލުވެ ހުންނަ ފަނޑިޔާރު ޗުއްޓީއަށްދާނަމަ، ޖުޑީށަލް ސަރވިސް ކޮމިށަނުގެ ލަފާގެމަތިން އެ ކޯޓުގެ ހިންގުން އެ ކޯޓުގެ އެހެން ފަނޑިޔާރަކާ ހަވާލުކުރުން؛
  24. އާންމުންނަށްދޭ ޚިދުމަތުގެ ފީ ނަގާނެ އުސޫލެއް ކަނޑައެޅުން؛
  25. މިނޫނަސް ގާނޫނުއަސާސީއާއި އެހެން ގާނޫނުތަކުން ހަވާލުކުރެވޭ އެންމެހައި ކަންކަން ކުރުން.

.21-2 ޖުޑީށަލް އެކެޑަމީ

(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގަމުންއައި ޖުޑީށަލް އެކެޑަމީ އުވި، އެ އެކެޑަމީގެ އިދާރީ މުވައްޒަފުންނާއި، މަސައްކަތްތަކާއި، އެ އެކެޑަމީގެ ހުރިހާ ވަސީލަތްތަކާއި، އެންމެހައި މާލީ އަދި މަދަނީ ޒިންމާތަކާއި ހައްގުތައް، މި ގާނޫނުގެ ދަށުން އުފެދޭ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް އެހިނދުން ފެށިގެން ބަދަލުވީއެވެ.

(ށ) ޖުޑީށަލް އެކެޑަމީގެ އެންމެ އިސް ފަރާތަކީ ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރއެވެ.

(ނ) ޖުޑީށަލް އެކަޑަމީ ހިންގުމަށް ބޭނުންވާ އޮނިގަނޑު އެކުލަވާލައި އެންމެހައި ވަސީލަތްތައް ހޯދައި ޖުޑީށަލް އެކަޑަމީއަށް ބޭނުންވާ މުވައްޒަފުން ހަމަޖައްސާނީ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުންނެވެ.

 

.21-3 ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރ އައްޔަންކުރުން

(ހ) ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަންގެ އިދާރީ އެންމެ އިސްފަރާތަކީ ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރެވެ. ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރ އައްޔަންކޮށް ވަކިކުރާނީ ޖުޑީށަލް ސަރވިސް ކޮމިށަނުންނެވެ.

(ށ) ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރ ކަމަށް އައްޔަންކުރާ މީހެއްގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

  1. މުސްލިމަކު ކަމުގައިވުން؛
  2. ދިވެހި ރައްޔިތަކު ކަމުގައިވުން؛
  3. އިދާރީ ހިންގުމުގެ ނުވަތަ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން؛
  4. އިދާރީ ހިންގުމުގެ ނުވަތަ ގާނޫނީ ދާއިރާއިން މަދުވެގެން 10 (ދިހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛
  5. ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން.

(ނ) ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރަކަށް ހުންނަ މީހަކު އޭނާގެ މަގާމުގެ އިތުރުން ސަރުކާރުގެ އެހެން މަގާމެއް ނުވަތަ މުސާރަ ލިބޭ އެނޫންވެސް މަގާމެއް ފުރައިގެން ނުވާނެއެވެ. އަދި ވިޔަފާރިއެއް ހިންގުމުގައި އަމަލީގޮތުން ބައިވެރިވެ، އާމްދަނީއެއް ހޯދުމަށް މަސައްކަތެއްގައި ށާމިލުވެ އެހެން އެއްވެސް ފަރާތެއްގެ ވަޒީފާ އަދާކޮށްގެން ނުވާނެއެވެ. އަދި އޭނާއަށް މަގާމުގެ ހައިސިއްޔަތުން ލިބޭ މައުލޫމާތު އަމިއްލަ ފައިދާއަށް ނުވަތަ އެހެން މީހެއްގެ ފައިދާއަށް ވިޔަސް ބޭނުންކޮށްގެން ނުވާނެއެވެ.

 

15 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 22 ވަނަ މާއްދާގެ (ހ) އާއި (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

22. ހުށަހެޅޭ ށަކުވާތައް ނުވަތަ ތުހުމަތުތައް ތަހްގީގުކުރުމުގެ ބާރު

(ހ) ފަނޑިޔާރަކާ ބެހޭގޮތުން ހުށަހެޅޭ ށަކުވާއަކާ ނުވަތަ ތުހުމަތަކާ ގުޅިގެން އެ ފަނޑިޔާރަކާ ސުވާލުކުރުމާއި، އެ މައްސަލަ ތަހްގީގުކުރުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ށ) ފަނޑިޔާރަކާ ބެހޭގޮތުން، ކުރެވޭ ށަކުވާއެއް ނުވަތަ ތުހުމަތެއް ކޮމިށަނަށް ހުށަނޭޅުނު ކަމުގައިވީނަމަވެސް، ވަކި ފަނޑިޔާރެއްގެ ސުލޫކާ ބެހޭގޮތުން ސުވާލު އުފެދޭފަދަ ސަބަބުތަކެއް ހުރިކަމަށް ކޮމިށަނަށް ގަބޫލުކުރެވޭނަމަ، އެފަދަ ފަނޑިޔާރެއްގެ މައްސަލަ ތަހްގީގުކުރުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

16 ވަނަ މާއްދާ -  ބުނެވިދިޔަ ގާނޫނުގެ 22 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

22-1 މައްސަލަ ހުށަހެޅުން

(ހ) ޖުޑީށަލް ސަރވިސް ކޮމިށަނަށް ށަކުވާ ހުށަހަޅާނީ، އެކަމަށްޓަކައި ކޮމިށަނުން ތައްޔާރުކުރާ ފޯމުން، ނުވަތަ ސިޓީއަކުން، ނުވަތަ އީމެއިލް މެދުވެރިކޮށެވެ. މައްސަލަ ހުށަހަޅާ ފަރާތަކީ ކާކުކަން ނޭނގޭ ގޮތަށްވެސް މައްސަލަ ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލަ ހުށަހެޅޭނެ އިތުރު ގޮތްތައް ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގަވާއިދުގައި ބަޔާންކުރެވިދާނެއެވެ. މައްސަލަ ހުށަހެޅުމާ ގުޅޭގޮތުން އަސާސެއްކަމަށް ބަލަންވާނީ މައްސަލަ ހުށަހަޅާ ފަރާތްތަކަށް ފަސޭހައިން މައްސަލަ ހުށަހެޅޭނެ އިންތިޒާމު ހަމަޖެހިފައި އޮތުމުގެ މައްޗަށެވެ.

(ނ) ޖުޑީށަލް ސަރވިސް ކޮމިށަނަށް މައްސަލައެއް ހުށަހެޅުމުން، އެ މައްސަލައަކީ   އެ ކޮމިށަނުން ބަލާނެ މައްސަލައެއްތޯ ކަނޑައެޅުމަށްޓަކައި، މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީއަށް އެ މައްސަލައެއް ފޮނުވަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީއަކީ ޖުޑީށަލް ސަރވިސް ކޮމިށަނުގެ މެންބަރުންގެ ތެރެއިން 3 (ތިނެއް) މެންބަރުންގެ މައްޗަށް އެކުލެވޭ ދާއިމީ ކޮމިޓީއެކެވެ. އެ ކޮމިޓީ އެކަށައަޅާނީ ޖުޑީށަލް ސަރވިސް ކޮމިށަނުންނެވެ.

(ބ) ކޮމިށަނަށް ހުށަހެޅޭ މައްސަލައެއް ބެލުމަށް މި މާއްދާގެ (ނ) ގައި ބަޔާންކުރާ ކޮމިޓީން ނިންމައިފިނަމަ އެ މައްސަލައެއް ޖުޑީށަލް ސަރވިސް ކޮމިށަނުން ބަލަންވާނެއެވެ. އަދި އެއްވެސް މައްސަލައަކީ ކޮމިށަނުން ބަލަންނުޖެހޭ މައްސަލައެއްކަމަށް އެ ކޮމިޓީން ނިންމައިފިނަމަ، އެ ނިންމުން ކޮމިށަނުން މުރާޖައާކޮށް އެ ނިންމުމާމެދު ގޮތެއް ނިންމަންވާނެއެވެ.

(ޅ) ކޮމިށަނަށް ހުށަހެޅޭ މައްސަލައެއް ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީން ނިންމާ ނިންމުން އެ މައްސަލައެއް ހުށަހެޅޭ ތާރީޚުން ފެށިގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި ނިންމައި، ކޮމިށަނަށް ފޮނުވަންވާނެއެވެ.

(ކ) ކޮމިޓީން ކަމެއް ނިންމަންވާނީ މަދުވެގެން 2 މެންބަރުން ހާޒިރުވެ ތިބެގެންނެވެ. މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީގެ ކޯރަމް ހަމަނުވެގެން ނުވަތަ އެނޫންވެސް ސަބަބެއް މެދުވެރިވެގެން އެ ކޮމިޓީގެ ނިންމުންތައް ނުނިންމޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އަލުން އެ ކޮމިޓީގެ މަސައްކަތް ފެށެންދެން، އެ މަސައްކަތް ހިންގާނެ ވަގުތީ ކޮމިޓީއެއް ކޮމިށަނުން އެކުލަވާލަންވާނެއެވެ.

(އ) މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީގެ މެންބަރުން ބަދަލުކުރުމަށް ކޮމިށަނަށް ފެނިއްޖެނަމަ، އެ ކޮމިޓީ ބަދަލުކުރުމުގެ އިހްތިޔާރުވެސް ކޮމިށަނަށް ލިބިގެންވެއެވެ.

 

17 ވަނަ މާއްދާ -  ބުނެވިދިޔަ ގާނޫނުގެ 23 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

23. ތަހްގީގުކުރާ ކޮމިޓީ

(ހ) ކޮމިށަނަށް ހުށަހެޅޭ މައްސަލައެއް ބެލުމަށް މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީން ނުވަތަ ކޮމިށަނުން ނިންމައިފިނަމަ، އެ މައްސަލައެއް ތަހްގީގުކުރާނެ ވަގުތީ ކޮމިޓީއެއް ކޮމިށަނުން އެކަށައަޅަންވާނެއެވެ. ނުވަތަ އެ މައްސަލައަކީ މުޅި ކޮމިށަނުން ބަލަންޖެހޭ މައްސަލައެއްކަމަށް ކޮމިށަނަށް ފެނިއްޖެނަމަ، އެ މައްސަލައެއްގައި ތަހްގީގު ކޮމިޓީގެ ދައުރު އަދާކުރާނީ ކޮމިށަނުންނެވެ. މުޅި ކޮމިށަނުން ތަހްގީގުކުރާ މައްސަލަތައް ބެލުމުގައި ތަހްގީގުކުރާ ކޮމިޓީން މި ގާނޫނުގެ ދަށުން ހިންގަންޖެހޭ އެންމެހައި އިޖުރާއަތުތަކަށް އަމަލުކުރަންވާނެއެވެ.

(ށ) ތަހްގީގުކުރާ ކޮމިޓީއަށް ކޮމިށަނުގެ މެންބަރުން ނޫން މީހުން އައްޔަންކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ނ) ތަހްގީގުކުރާ ކޮމިޓީގެ މެންބަރުންގެ ގޮތުގައި އައްޔަންކުރެވޭ، ކޮމިށަނުގެ މެންބަރުން ނޫން މީހުންނަކީ މި ގާނޫނުގެ 3 ވަނަ މާއްދާގެ 6 ވަނަ ނަންބަރުގެ ދަށުން އައްޔަންކުރެވޭ މެންބަރުގެ ކިބައިގައި ހުރުން ލާޒިމުކުރާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކެއް ކަމުގައި ވާންވާނެއެވެ.

(ރ) ތަހްގީގުކުރާ ކޮމިޓީގެ މެންބަރުންގެ އަދަދު އޮނަހިރި އަދަދަކަށް ވާންވާނެއެވެ.

(ބ) ތަހްގީގުކުރާ ކޮމިޓީގެ މެންބަރުންގެ ތެރެއިން މެންބަރަކު އެ ކޮމިޓީގެ ރިޔާސަތު ބަލަހައްޓާނެ ފަރާތުގެ ގޮތުގައި ކޮމިޓީން އައްޔަންކުރަންވާނެއެވެ.

 

18 ވަނަ މާއްދާ -  ބުނެވިދިޔަ ގާނޫނުގެ 24 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

24. މައްސަލަތައް ބެލުމުގައި އިންސާފުވެރިވުން

ކޮމިށަނުން ނުވަތަ ތަހްގީގުކުރާ ކޮމިޓީން މައްސަލަތައް ބަލަންވާނީ އިންސާފުވެރިކަމާއެކު، ކޯޓުތަކާއި ފަނޑިޔާރުންނާމެދު އޮންނަންޖެހޭ އިތުބާރު ގާއިމުކޮށް ދެމެހެއްޓުމުގެ އަސާސްގެ މައްޗަށެވެ.

 

19 ވަނަ މާއްދާ -  ބުނެވިދިޔަ ގާނޫނުގެ 25 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

25. ކޮމިށަނުގެ ނުވަތަ ތަހްގީގުކުރާ ކޮމިޓީގެ ބާރުތައް

ކޮމިށަނުން ނުވަތަ މައްސަލަ ތަހްގީގުކުރާ ކޮމިޓީން މައްސަލަތައް ބަލައި، ތަހްގީގުކުރުމުގައި އަމަލުކުރާނީ މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

(ހ) ތަހްގީގުކުރާ ކޮމިޓީއަށް މައްސަލަ ލިބުމުން، އެ މައްސަލަ ރައްދުވާ ފަނޑިޔާރު ހާޒިރުކުރުމަށް ނިންމައިފިނަމަ އެ މައްސަލައިގެ ތަހްގީގަށް ހާޒިރުވުމުގެ އަމުރު މައްސަލަ ރައްދުވާ ފަނޑިޔާރަށް ފޮނުވަންވާނީ، އެ މައްސަލައިގައި ކުރެވޭ ތުހުމަތާއި، ތަހްގީގަށް ހާޒިރުވާންޖެހޭ ތާރީޚާއި ވަގުތު އެނގޭގޮތަށް މަދުވެގެން  12 (ބާރަ) ގަޑިއިރުގެ ވަގުތުލިބޭ ގޮތަށެވެ.

(ށ) މައްސަލައިގެ ތަހްގީގުގައި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް މައްސަލަ ރައްދުވާ ފަނޑިޔާރު އެދޭނަމަ، ގާނޫނީ ވަކީލަކު އައްޔަންކުރުމަށް މަދުވެގެން 24 (ސައުވީސް) ގަޑިއިރުގެ ފުރުސަތު ދޭންވާނެއެވެ.

(ނ) ތަހްގީގު ކޮމިޓީން ބަލަމުންދާ މައްސަލައާ ގުޅިގެން މައްސަލަ ރައްދުވާ ފަނޑިޔާރުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާއި، އެ މައްސަލައިގެ ތަފްޒީލު އެ މައްސަލަ ރައްދުވާ ފަނޑިޔާރަށް ދިނުމުން، ބަލަމުންދާ މައްސަލައާ ގުޅޭގޮތުން ތަހްގީގު ކޮމިޓީން ކުރާ ސުވާލުތަކަށް ފަނޑިޔާރު ޖަވާބުދޭންވާނެއެވެ.

(ރ) ތަހްގީގު ކޮމިޓީން ކުރެވޭ ސުވާލުތަކަށް ޖަވާބު ދިނުމަށް އިތުރު ވަގުތު ބޭނުންވާކަމަށް މައްސަލަ ރައްދުވާ ފަނޑިޔާރު އެދިއްޖެނަމަ، އެކަމުގެ ބާވަތަށް ބަލައި ޖަވާބުދާރީވުމަށް އެކަށީގެންވާ ވަގުތު ދިނުމުގެ އިހްތިޔާރު ތަހްގީގު ކޮމިޓީއަށް ލިބިގެންވެއެވެ.

(ބ) ތަހްގީގު ކޮމިޓީން ކުރާ ސުވާލުތަކަށް ޖަވާބުދިނުމުގައި މައްސަލަ ރައްދުވާފަރާތުން އައްޔަންކޮށްފައިވާ ގާނޫނީ ވަކީލާ މަޝްވަރާކުރެވިދާނެއެވެ.

(ޅ) ތަހްގީގު ކޮމިޓީގެ ފަރާތުން ހިންގާ ތަހްގީގުގައި ދިފާއުގައި ހެކި ހުށަހެޅުމުގެ ފުރުސަތު މައްސަލަ ރައްދުވާ ފަނޑިޔާރަށް ލިބިގެންވެއެވެ. މިގޮތުން ހުށަހަޅާ ހެއްކެއް ބަލައިނުގަތުމަށް ކޮމިޓީން ނިންމާނަމަ، އެ ނިންމުން ބިނާކުރި ސަބަބުތައް ކޮމިޓީގެ ރިޕޯޓުގައި ހިމަނަންވާނެއެވެ.

(ކ) މައްސަލަ ރައްދުވާ ފަނޑިޔާރު ހުށަހަޅާ ހެކިން ހާޒިރުކުރުމަށް ތަހްގީގު ކޮމިޓީން ނިންމާނަމަ، އެ ހެކިން ހާޒިރުކުރުމަށް އެކަށީގެންވާ ވަގުތު މައްސަލަ ރައްދުވާ ފަނޑިޔާރަށް ދޭންވާނެއެވެ.

(އ) މައްސަލަ ތަހްގީގުކުރުމަށްފަހު، އެ މައްސަލައަކާ ގުޅިގެން ތަހްގީގުކުރާ ކޮމިޓީން ތަހްގީގު ރިޕޯޓެއް އެކުލަވާލައި އެ ރިޕޯޓު މައްސަލަ ރައްދުވާ ފަނޑިޔާރަށް ޖަވާބުދާރީވުމަށްޓަކައި ފޮނުވަންވާނެއެވެ.

(ވ) ތަހްގީގު ރިޕޯޓު ލިބޭތާ ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި، ރިޕޯޓާ ގުޅޭގޮތުން ތަހްގީގުކުރާ ކޮމިޓީއަށް ހުށަހަޅަން ބޭނުންވާ ކަންތައްތަކާއި، އެ މައްސަލަ ނިންމުމުގައި ކޮމިޓީން ރިއާޔަތްކޮށްދިނުން އެދޭ ކަންކަން ބަޔާންކޮށް ލިޔުމުން ކޮމިޓީއަށް ހުށަހެޅުމުގެ އިހްތިޔާރު މައްސަލަ ރައްދުވާ ފަނޑިޔާރަށް ލިބިގެންވެއެވެ.

(މ) ތަހްގީގު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާ ގުޅިގެން މުޅި މައްސަލައާމެދު ޖުމުލަ ގޮތެއްގައި ވާހަކަ ދެއްކުމަށް މަދުވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި   އެއް އަޑުއެހުން ބާއްވަންވާނެއެވެ.

(ފ) މި މާއްދާގެ (މ) ގައި ބަޔާންކޮށްފައިވާ އަޑުއެހުން ބޭއްވުމުން، މައްސަލައިގެ އަޑުއެހުންތައް ނިމުނީއެވެ.

(ދ) މައްސަލަ ރައްދުވާ ފަނޑިޔާރަށް ތަހްގީގަށް ހާޒިރުވުމުގެ އަމުރު ލިބި، މަގުބޫލު ސަބަބެއް ނެތި ތަހްގީގަށް ހާޒިރުނުވެއްޖެނަމަ، ހުށަހެޅިފައިވާ ހެކިތަކުގެ މައްޗަށް ރިއާޔަތްކޮށް މައްސަލަ ރައްދުވާ ފަނޑިޔާރުގެ ގައިރު ހާޒިރުގައި  އެ މައްސަލައަކާމެދު ގޮތެއް ނިންމުމުގެ އިހްތިޔާރު ކޮމިޓީއަށް ލިބިގެންވެއެވެ.

(ތ) ހުށަހެޅިފައިވާ މައްސަލައިގެ ބާވަތަށް ބަލާއިރު، އެ މައްސަލަ ރައްދުވާ ފަނޑިޔާރު ވަގުތީ ގޮތުން ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރަންޖެހޭކަމަށް ކޮމިޓީއަށް ފެނިއްޖެނަމަ، އެކަން ކޮމިށަނަށް ހުށަހަޅައި، ކޮމިށަނުގެ ޖަލްސާއަކުން އެކަމާމެދު ގޮތެއް ނިންމަންވާނެއެވެ.

(ލ) މައްސަލަ ރައްދުވާ ފަނޑިޔާރު މަގާމުގެ މަސައްކަތުން ވަގުތީ ގޮތުން ދުރުކުރުމަށް ނިންމަންވާނީ އެ މައްސަލައިގެ ބާވަތަށާއި، ހުށަހެޅިފައިވާ ހެއްކަށާއި، އެ ފަނޑިޔާރު މަސައްކަތުގައި ދެމިހުރެއްޖެނަމަ މައްސަލަ ތަހްގީގުކުރުމަށް އެޅިދާނެ ހުރަހަކަށާއި، ށަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް،  60 (ފަސްދޮޅަސް) ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށެވެ.

(ގ) މައްސަލަ ރައްދުވާ ފަނޑިޔާރު މަގާމުގެ މަސައްކަތުން ވަގުތީ ގޮތުން ދުރުކުރުމަށް ތަހްގީގު ކޮމިޓީން ނިންމައި ކޮމިށަނަށް ހުށަހަޅަންވާނީ އެ މައްސަލަ ރައްދުވާ ފަނޑިޔާރަށް އެކަމާގުޅޭ ގޮތުން ޖަވާބުދާރީވުމަށް ފުރުސަތު ދިނުމަށްފަހުއެވެ.

(ޏ) ޖިނާއީ ކުށެއްގެ ތުހުމަތެއްގައި ފަނޑިޔާރަކު ހައްޔަރުކޮށްފިނަމަ، ނުވަތަ ބަންދުކޮށްފިނަމަ ނުވަތަ ތަހްގީގު އިދާރާއަކުން ފަނޑިޔާރެއްގެ މައްސަލަ ތަހްގީގުކުރަން ފަށައިފިކަން ޖުޑީށަލް ސަރވިސް ކޮމިށަނަށް އެ އިދާރާއަކުން އަންގައިފިނަމަ ނުވަތަ އެފަދަ މައްސަލައެއް ށަރީއަތަށް ހުށަހެޅިއްޖެނަމަ، ނުވަތަ އެފަދަކަމެއް ކުރިކަން ށަރީއަތަށް ސާބިތުވެއްޖެނަމަ، އެ ފަނޑިޔާރެއް މަގާމުގެ މަސައްކަތުން ވަގުތީގޮތުން ދުރުކުރުމާމެދު އަމަލުކުރާނެ ގޮތެއް 48 (ސާޅީސް އަށެއް) ގަޑިއިރު ތެރޭގައި ކޮމިށަނުން ނިންމަންވާނެއެވެ. މި މާއްދާގެ ދަށުން ފަނޑިޔާރަކާމެދު ފިޔަވަޅު އެޅުމުގެކުރިން ފަނޑިޔާރުގެ ބަހެއް ހޯދުން ކޮމިށަނަށް ލާޒިމެއްނޫނެވެ.

 

20 ވަނަ މާއްދާ -  ބުނެވިދިޔަ ގާނޫނުގެ، ތިރީގައި ނަކަލުކޮށްފައިވާ 26 ވަނަ މާއްދާ އުނިކުރުން.

26. ތަހްގީގާ ގުޅިގެން ނޯޓިސް ދިނުން

ކޮމިށަނުން ބަލަމުންގެންދާ މައްސަލައަކާ ގުޅިގެން ތަހްގީޤެއް ކުރާނަމަ މައްސަލަ ރައްދުވާ ފަނޑިޔާރަށް އަންނަނިވި މައުލޫމާތާއި ފުރުސަތުތައް ދޭންވާނެއެވެ.

(ހ) ހުށަހެޅިފައިވާ މައްސަލައިގެ ތަފްޒީލާއި، މައްސަލައިގެ އަޑުއެހުން ތާވަލްކޮށްފައިވާ ތާރީޚާއި، ގަޑިއާއި ތަން.

(ށ) މައްސަލައިގެ އަޑުއެހުމުގައި، ށަހްސީ ގޮތުން ނުވަތަ ގާނޫނީ ވަކީލެއްގެ އެހީގައި ދިފާއު ހުށަހެޅުމާއި، ހެކިންނާއި ސުވާލުކުރުން، އަދި ހެކިން ހުށަހެޅުމުގެ ފުރުސަތު.

 

21 ވަނަ މާއްދާ -  ބުނެވިދިޔަ ގާނޫނުގެ 29 ވަނަ މާއްދާގެ (ހ)، (ށ)، (ނ) އަދި (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

29. ތަހްގީގުކުރާ ކޮމިޓީގެ ރިޕޯޓު

(ހ) ތަހްގީގު ކޮމިޓީން ފަނޑިޔާރަކާމެދު އަޅާނެ ފިޔަވަޅެއް ނިންމަންވާނީ ތަހްގީގު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ޖަވާބުދާރީވުމަށް މައްސަލަ ރައްދުވާ ފަނޑިޔާރަށް ފުރުސަތު ދިނުމަށްފަހުގައެވެ.

(ށ) މައްސަލަ ތަހްގީގުކުރުމަށްފަހު، މައްސަލަ ރައްދުވާ ފަނޑިޔާރާމެދު އަމަލުކުރަން ކޮމިޓީއަށް ފެންނަ ގޮތް ކަނޑައަޅައި ކޮމިޓީގެ ނިންމުމާމެދު ގޮތެއް ނިންމުމަށް ކޮމިޓީގެ ރިޕޯޓު ކޮމިށަނަށް ފޮނުވަންވާނެއެވެ.

(ނ) ތަހްގީގުކުރާ ކޮމިޓީގެ ރިޕޯޓުގައިވާ އެއްޗެއް ރަނގަޅަށް ދޭހަނުވާނަމަ، ނުވަތަ ރިޕޯޓު ފުރިހަމަ ނޫންކަމަށް ކޮމިށަނަށް ފެނިއްޖެނަމަ، އަދި ރިޕޯޓުގައިވާ ވަކި ކަމެއްގެ ތަފްޒީލު ނުވަތަ މައްސަލައިގައި އިތުރު ތަހްގީގަކަށް ބޭނުންވާކަމަށް ކޮމިށަނަށް ފެނިއްޖެނަމަ، ރިޕޯޓުގައި ބަޔާންކޮށްފައިވާ ވަކިކަމަކާ ބެހޭގޮތުން ނުވަތަ މުޅި މައްސަލައިގައި ސާފުކުރަން ބޭނުންވާ ކަންތައްތައް ސުވާލުތަކެއްގެ ސިފައިގައި ތަހްގީގުކުރާ ކޮމިޓީއަށް ހުށަހަޅައި، އެ މަސައްކަތްތައް ނިންމާނެ މުއްދަތެއް ކަނޑައަޅައި، މައްސަލަ ކުރިއަށް ގެންދިޔުމަށް އެންގިދާނެއެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރިޕޯޓު ކޮމިށަނުން ފާސްކުރުމުން އެ ރިޕޯޓު މައްސަލަ ރައްދުވާ ފަނޑިޔާރަށް ދޭންވާނެއެވެ. އަދި މައްސަލައަކީ އާންމުންނަށް ހުޅުވާލައިގެން ހިންގާފައިވާ މައްސަލައެއްނަމަ، އެ މައްސަލައިގެ ރިޕޯޓު އާންމުކުރަންވާނެއެވެ.

 

22 ވަނަ މާއްދާ -  ބުނެވިދިޔަ ގާނޫނުގެ 29 ވަނަ މާއްދާގެ، ތިރީގައި ނަކަލުކޮށްފައިވާ (ބ) އުނިކުރުން.

29. (ބ) މައްސަލަ ބަލަމުންދާއިރު، މައްސަލަ ކުރިއަށްދާ ގޮތުގެ ރިޕޯޓެއް ލިޔުމުން ކޮންމެ  30 (ތިރީސް) ދުވަހަކުން ތަހްގީގުކުރާ ކޮމިޓީން ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

 

23   ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

30. ކޮމިޓީން ތަހްގީގުކުރާ މައްސަލައިގެ ރިޕޯޓަށް ފަނޑިޔާރު ޖަވާބު ދިނުން

(ހ) ތަހްގީގުކުރެވުނު މައްސަލައިގެ ރިޕޯޓު ލިބޭތާ ބަންދުދުވަސް ހިމެނޭގޮތަށް ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި، ރިޕޯޓާ ގުޅޭގޮތުން ކޮމިށަނަށް ހުށަހަޅަން ބޭނުންވާ ކަންތައްތަކާއި، އެ މައްސަލަ ނިންމުމުގައި ކޮމިށަނުން ރިއާޔަތްކޮށްދިނުން އެދޭ ކަންކަން ބަޔާންކޮށް ލިޔުމުން ކޮމިށަނަށް ހުށަހެޅުމުގެ ފުރުސަތު މައްސަލަ ރައްދުވާ ފަނޑިޔާރަށް ލިބިގެންވެއެވެ.

 

24 ވަނަ މާއްދާ -  ބުނެވިދިޔަ ގާނޫނުގެ، ތިރީގައި ނަކަލުކޮށްފައިވާ 31 އަދި 32 ވަނަ މާއްދާ އުނިކުރުން.

31. ފަނޑިޔާރު ލިޔުމުން ހުށަހަޅާ ހުށަހެޅުން

(ހ) ތަހްގީގު ރިޕޯޓާ ގުޅިގެން ފަނޑިޔާރަކު ލިޔުމުން ކަމެއް ހުށަހަޅައިފިނަމަ ކޮމިށަނުން އެ ލިޔުމެއްގެ ނަކަލު މި ގާނޫނުގެ 27 ވަނަ މާއްދާގެ ދަށުން މައްސަލައިގައި ހަރަކާތްތެރިވުމަށް ކޮމިށަނުން އައްޔަންކޮށްފައިވާ ގާނޫނީ ވަކީލަށް ހުށަޅަހަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔުމުގެ ނަކަލު ލިބޭތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި މި ގާނޫނުގެ 27 ވަނަ މާއްދާގެ ދަށުން މައްސަލައިގައި ހަރަކާތްތެރިވުމަށް ކޮމިށަނުން އައްޔަންކޮށްފައިވާ ގާނޫނީ ވަކީލު އެ ލިޔުމުގައިވާ ކަންތައްތަކަށް ޖަވާބުދާރީވެ ލިޔުމަކުން ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

(ނ) އެއްވެސް މައްސަލައަކާ ގުޅިގެން ފަނޑިޔާރަކު ށަފަހީ ބަޔާނެއްދޭނަމަ، ބަޔާންދޭންވާނީ މި ގާނޫނުގެ 27 ވަނަ މާއްދާގެ ދަށުން މައްސަލައިގައި ހަރަކާތްތެރިވުމަށް ކޮމިށަނުން އައްޔަންކޮށްފައިވާ ގާނޫނީ ވަކީލުގެ ހާޒިރުގައެވެ. އަދި ފަނޑިޔާރު ދިން ބަޔާނަށް ގާނޫނީ ވަކީލު ޖަވާބުދާރީވެ ށަފަހީ ބަޔާނެއް ދިނުމަށް އެދި ހުށަހެޅުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

32. ކޮމިށަނުން ބަލާ މައްސަލައެއްގައި ގޮތެއް ކަނޑައަޅާއިރު، ތަހްގީގުކުރާ ކޮމިޓީން ހުށަހަޅާފައިވާ ރިޕޯޓަށާއި، މިނޫންވެސް މައްސަލައާ ގުޅިގެން ފަނޑިޔާރަކު ނުވަތަ މި ގާނޫނުގެ 27 ވަނަ މާއްދާގެ ދަށުން މައްސަލައިގައި ހަރަކާތްތެރިވުމަށް ކޮމިށަނުން އައްޔަންކޮށްފައިވާ ގާނޫނީ ވަކީލު އެއްވެސް ލިޔުމެއް ނުވަތަ ށަފަހީ ބަޔާނެއް ދީފައިވާނަމަ އެ ލިޔުމުގައި ނުވަތަ ބަޔާނުގައިވާ ކަންތައްތަކަށް ރިއާޔަތްކުރަންވާނެއެވެ.

 

25 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 32 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާ އިތުރުކުރުން.

32-1 ފަނޑިޔާރުންނާމެދު އެޅޭނެ ފިޔަވަޅުތައް

(ހ) ފަނޑިޔާރެއްގެ މައްޗަށް ކަނޑައެޅޭނީ އެ ފަނޑިޔާރަކު ކުރި އަމަލެއްގެ ކުޑަބޮޑު މިނަށް ބަލައި ތިރީގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކެވެ.

  1. ނަޞޭހަތްދިނުމާއެކު ކޮމިށަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރަން އެންގުން؛
  2. ހުރި މަގާމަށްވުރެ ދަރަޖަ ދަށްކުރުން؛
  3. މުސާރައާއި އިނާޔަތްތައް ލިބޭ ގޮތަށް ނުވަތަ ނުލިބޭ ގޮތަށް ވަޒީފާގެ މަސައްކަތަށް ނުކުތުން ގިނަވެގެން 3 (ތިނެއް) މަސްދުވަހަށް މަނާކުރުން؛
  4. ފަނޑިޔާރުކަމުން ވަކިކުރުމަށް ހުށަހެޅުން.

(ށ) ފަނޑިޔާރެއްގެ މައްޗަށް އެޅޭ ފިޔަވަޅެއްގެ ގޮތުން، އޭނާ މަސައްކަތްކުރާ ކޯޓާ އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކޮށްގެން ނުވާނެއެވެ.

 

26 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 33 ވަނަ މާއްދާގެ ތިރީގައި ނަކަލުކޮށްފައިވާ (ނ) އުނިކުރުން.

33. (ނ) މައްސަލަ ތަހްގީގުކޮށްފައިވަނީ އާންމުންނަށް ހުޅުވާލައިގެންކަމަށްވާނަމަ، އެ މައްސަލައެއްގެ ރިޕޯޓު އާންމުކުރަންވާނެއެވެ.

 

27 ވަނަ މާއްދާ -  ބުނެވިދިޔަ ގާނޫނުގެ 33 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި އަކުރު އިތުރުކުރުން.

33. (ރ) ފަނޑިޔާރެއްގެ މައްސަލަ ތަހްގީގުކުރުމަށްފަހު ކޮމިށަނުން އެ މައްސަލައާމެދު ނިންމި ނިންމުން އެ ފަނޑިޔާރެއްގެ ފައިލްގައި ރެކޯޑްކުރަންވާނެއެވެ. އަދި ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުން އެ މައްސަލައާމެދު ގޮތެއް ނިންމާފައިވާނަމަ، އެ މައުލޫމާތުވެސް ފަނޑިޔާރުގެ ފައިލްގައި ރެކޯޑްކުރަންވާނެއެވެ.

 

28 ވަނަ މާއްދާ -  ބުނެވިދިޔަ ގާނޫނުގެ 33 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާތައް އިތުރުކުރުން.

33-1 މައްސަލަ ސާބިތުކުރުމުގައި ބެލޭނެ މިންގަނޑު

ފަނޑިޔާރަކާމެދު ހުށަހެޅޭ ށަކުވާއެއްގައި ހުށަހެޅިފައިވާ ހެއްކާއި ގަރީނާ ނުވަތަ ކޮމިށަނުން އެ މައްސަލައާ ގުޅިގެން ހޯދާ ހެއްކާއި ގަރީނާއަށް ބަލާއިރު އެކަމެއް ހިނގާކަމަށް ނުވަތަ ހިނގާފައިވާކަމަށް ބުއްދީގެ ހަމަތަކުން ބުރަވެވޭނަމަ، އެ ށަކުވާއެއް އެ ފަނޑިޔާރަކާ ދެކޮޅަށް ސާބިތުވާކަމަށް ކޮމިށަނުން ނިންމަންވާނެއެވެ.

 

33-2 ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލިސް

(ހ) ފަނޑިޔާރަކާގުޅޭ ށަކުވާއެއް ބަލައި، ޖުޑީށަލް ސަރވިސް ކޮމިށަނުން ނިންމާ ނިންމުންތަކުގެ ތެރެއިން، ފަނޑިޔާރަކު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާ ނިންމުންތައް ފިޔަވައި، އެނޫން ނިންމުންތައް އިސްތިއުނާފުކުރުމަށްޓަކައި، ކޮމިށަނުން އެ ނިންމުމެއް ނިންމާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް ހުށަހެޅިދާނެއެވެ. ފަނޑިޔާރަކު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ކޮމިށަނުން ނިންމާ ނިންމުމެއް އެއްވެސް ގޮތަކުން އިސްތިއުނާފެއް ނުކުރެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އިސްތިއުނާފުކުރެވޭ މައްސަލަތައް ބެލުމަށްޓަކައި، 3 (ތިނެއް) ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހެއް، ކޮންމެ ޖުޑީށަލް އަހަރަކަށް ކަނޑައަޅައި އެކަން ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރ އިއުލާންކުރަންވާނެއެވެ.

(ނ) ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގެ އިދާރީ އެންމެހައި އިންތިޒާމުތައް ހަމަޖައްސާނީ، ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރެވެ.

(ރ) ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގައި ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު ފިޔަވައި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރަކާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރަކާއި، ސުޕީރިއަރ ކޯޓެއްގެ ފަނޑިޔާރަކު ހިމަނަންވާނެއެވެ. އަދި ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގައި ޖުޑީށަލް ސަރވިސް ކޮމިށަނުގެ މެންބަރުންގެ ތެރޭގައި ހިމެނޭ ފަނޑިޔާރަކު ހިމަނައިގެން ނުވާނެއެވެ.

(ބ) ޖުޑީށަލް ސަރވިސް ކޮމިށަނުން ބަލަމުންދާ މައްސަލައެއް ކުރިއަށްގެންދިޔުމުގައި، ވަގުތީ ގޮތުން އެ ކޮމިށަނުން އަޅާ ފިޔަވަޅުތަކާއި ނިންމާ ނިންމުންތައް މުރާޖައާކޮށްދިނުމަށް އެދި އެ ކޮމިށަނަށް ހުށަހެޅުމުގެ ހައްގު ށަކުވާ ރައްދުވާ ފަނޑިޔާރަށް ލިބިގެންވެއެވެ. ނަމަވެސް ވަގުތީ ގޮތުން އެ ކޮމިށަނުން އަޅާ ފިޔަވަޅުތަކާއި ނިންމާ ނިންމުންތައް އެ ކޮމިށަނުން އެކަމެއްގައި ނިހާއީ ނިންމުމެއް ނިންމުމުގެ ކުރިން ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގައި ނުވަތަ އެނޫންވެސް ގޮތަކުން އިސްތިއުނާފެއް ނުކުރެވޭނެއެވެ.

(ޅ) ޖުޑީށަލް ސަރވިސް ކޮމިށަނުން ނިންމާފައިވާ ނިހާއީ ނިންމުމެއް އިސްތިއުނާފުކުރުމުގެ ގޮތުން ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް ހުށަހެޅުމުން، އެ މަޖިލީހުން އެކަމެއްގައި ނިންމާ ނިންމުމަކީ އެއަށް ތައުނުނުކުރެވޭނެ އެންމެ ފަހުގެ ނިންމުމެވެ. އަދި އެ ނިންމުން އެއްވެސް ކޯޓެއްގައި ނުވަތަ އެނޫންވެސް ގޮތަކުން އިސްތިއުނާފެއް ނުވަތަ މުރާޖައާއެއްވެސް ނުކުރެވޭނެއެވެ.

(ކ) ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުން ބަލާ އިސްތިއުނާފީ މައްސަލަތަކުގައި އަޅާ ކޮންމެ ފިޔަވަޅަކާއި ނިންމާ ކޮންމެ ނިންމުމެއް ނިންމަންވާނީ ދާއިމީ ހައްލެއް ލިބިގެންދާނެ އަސާސްގެ މަތިންކަމަށްވީހިނދު، އެ މަޖިލީހުން ބަލާ މައްސަލައެއްގައި ވަގުތީ ފިޔަވަޅެއް ނުވަތަ ނިންމުމެއް ނިންމައިގެނެއް ނުވާނެއެވެ.

(އ) ޖުޑީށަލް ސަރވިސް ކޮމިށަނުން ބަލާފައިވާ މައްސަލަ މައުޟޫއީ ގޮތުން އަލުން ބެލުމާއި އެ ކޮމިށަނުން އަޅާފައިވާ ފިޔަވަޅު އެނޫން ގޮތަކަށް ބަދަލުކުރުމުގެ ބާރެއް ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަކަށް ލިބިގެނެއްނުވެއެވެ.

(ވ) ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލިސް ކަނޑައެޅުމާއި، އެ މަޖިލީހަށް އިދާރީ ގޮތުން ހަމަޖައްސަންޖެހޭ އެންމެހައި ކަމެއް ހަމަޖެއްސުމުގެ ގޮތުން އެކުލަވާލަންޖެހޭ ގަވާއިދު، މި ގާނޫނަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން އެކުލަވާލައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

29 ވަނަ މާއްދާ -  ބުނެވިދިޔަ ގާނޫނުގެ 40 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

40. ގަވާއިދު ހަދައި ހިންގުން 

މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދާނީ، ޖުޑީށަލް ސަރވިސް ކޮމިށަނުންނެވެ.

 

30 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 40 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާ އިތުރުކުރުން.

 

40-1 ވަނަ މާއްދާ - އުވާލެވޭ ގާނޫނުތަކުގެ މާއްދާތައް (އިތުރު ކުރެވިފައި)

(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު (ގާނޫނު ނަންބަރު 13/2010)  ގެ އަންނަނިވި މާއްދާތައް އުވުނީއެވެ.

  1. ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިވާ، 16 ވަނަ މާއްދާގެ (ޅ)
    16. (ޅ) މި މާއްދާގެ (ނ) އެހެންއޮތްނަމަވެސް، ޖުޑީށަލް ސަރވިސް ކޮމިށަނުން ދަށު ކޯޓަކަށް ފަނޑިޔާރަކު އައްޔަންކުރާނީ، ޖުޑީށަލް ކައުންސިލްގެ ލަފާގެމަތިން، އުއްތަމަފަނޑިޔާރު، އެކަމަށް، ޖުޑީށަލް ސަރވިސް ކޮމިށަނުގައި އެދުމުންނެވެ.

  2. ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިވާ، 38 ވަނަ މާއްދާގެ (ށ)
    38. (ށ) ޖުޑީށަލް ސަރވިސް ކޮމިށަނުގައި ތައުދީބީ ކޮމިޓީއެއް އޮންނަންވާނެއެވެ.
  3. ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިވާ، 39 ވަނަ މާއްދާ.
    39. ފަނޑިޔާރަކާމެދު އެޅޭނެ ތައުދީބީ ފިޔަވަޅުތައް
    ފަނޑިޔާރެއްގެ މައްޗަށް ކަނޑައެޅޭނީ އެ ފަނޑިޔާރަކު ކުރި އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި، ތިރީގައިވާ ތައުދީބީ ފިޔަވަޅުތަކެވެ.
  4. (ހ) ނަސޭހަތްދިނުން؛
    (ށ) އިންޒާރުކުރުން؛
    (ނ) ހުރި މަގާމަށްވުރެ ދަރަޖަ ދަށްކުރުން؛
    (ރ) ފަނޑިޔާރު މަސައްކަތްކުރާ ކޯޓާ އެއްދަރަޖައިގެ އެހެން ކޯޓަކަށް ބަދަލުކުރުން؛
    (ބ) ވަޒީފާއިން ވަކިކުރުމަށް ހުށަހެޅުން.

  5. ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިވާ، 40 ވަނަ މާއްދާ.
    40. ތައުދީބީ މައްސަލަ ބެލުން
    (ހ) ފަނޑިޔާރެއްގެ ތައުދީބީ މައްސަލަތައް ބަލައި، ގޮތެއް ކަނޑައަޅާނީ ޖުޑީށަލް ސަރވިސް ކޮމިށަނުގެ ރަސްމީ ޖަލްސާއެއްގައި ހާޒިރު  ވެތިބި މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. މިގޮތުން، ގޮތެއް ކަނޑައަޅާއިރު އެ މައްސަލައަކާބެހޭ ގޮތުން އެކަށީގެންވާ މިންވަރުގެ ތަހްގީޤެއްކުރެވިފައި އޮންނަންވާނެއެވެ.
    (ށ) މި މާއްދާގެ (ހ) ގައިވާފަދަ މައްސަލައެއް ހުށަހަޅަންވާނީ، ކުރެވިފައިވާ ތުހުމަތަކާއި އެ ތުހުމަތަށް ތާއީދު ދެނިވި ހެކިތަކާއެކު، އެކަމަށް ކަނޑައެޅިފައިވާ ފޯމަކުން ޖުޑީށަލް ސަރވިސް ކޮމިށަނަށެވެ.
    (ނ) މި މާއްދާގެ (ހ) ގައިވާފަދަ މައްސަލައެއް ޖުޑީށަލް ސަރވިސް ކޮމިށަނަށް ހުށަހެޅުމާއެކު، އެ ކޮމިށަނަށް ފެނިއްޖެނަމަ، އެ ކޮމިށަނަށް އެ ފަނޑިޔާރަކު ހާޒިރުވުމުގެ އަމުރު ނެރެންވާނެއެވެ.
    (ރ) ޖުޑީށަލް ސަރވިސް ކޮމިށަނަށް ހުށަހެޅޭ ފަނޑިޔާރެއްގެ މައްސަލައެއް ތަހްގީގުކުރާއިރު، އެ ފަނޑިޔާރަކު މައްސަލައިގައި ބުނާ އެއްޗެއް ހޯދުމަށް އަޑުއެހުމެއް ބޭއްވުމަށްފަހު، މައްސަލައިގެ ބާވަތަށާއި، ފަނޑިޔާރު މައްސަލައިގައި ބުނާ އެއްޗަކަށް ރިއާޔަތްކޮށް އެ ފަނޑިޔާރަކު ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އެންގުމުގެ އިހްތިޔާރު އެ ކޮމިށަނަށް ލިބިގެންވެއެވެ. މިގޮތަށް ފަނޑިޔާރަކު ހުންނަ ހުރުމުގައިވެސް އެ ފަނޑިޔާރެއްގެ މުސާރައާއި އިނާޔަތްތަކުން މަހްރޫމެއް ނުކުރެވޭނެއެވެ.
    (ބ) ކޮމިށަނަށް ފެނިއްޖެ ކޮންމެ ވަގުތެއްގައި މި މާއްދާގެ (ރ) ގައިވާ ނިންމުމާމެދު އަލުން ނަޒަރުކޮށް ވަޒީފާއަށް ނުކުތުން މަނާކޮށްފައިވާ ފަނޑިޔާރަކު އަނބުރާ ވަޒީފާއަށް ނެރެވިދާނެއެވެ.
    (ޅ) ފަނޑިޔާރެއްގެ މައްސަލައެއް ތަހްގީގުކުރަމުން ދަނިކޮށް، ނުވަތަ މައްސަލައިގައި ވަކިގޮތެއް ކަނޑައެޅުމުގެ ކުރިން އެ ފަނޑިޔާރަކު މަގާމުން އިސްތިއުފާދީފިނަމަ، ތައުދީބީ މައްސަލަ އެހިސާބުން ބާތިލުވާނެއެވެ. ނަމަވެސް މީގެ ސަބަބުން އެފަދަ މައްސަލައެއްގައި ހިމެނޭ ކަމަކުން އުފެދުނު މަދަނީ ނުވަތަ ޖިނާއީ ދައުވާއަކަށް އަސަރެއް ނުކުރާނެއެވެ.
    (ކ) ޖުޑީށަލް ސަރވިސް ކޮމިށަނަށް ހުށަހެޅިފައިވާ މައްސަލައަކާބެހޭ ގޮތުން ކޮމިށަނަށް ކުރުން ލާޒިމްކަމަށް ފެންނަ ކޮންމެ ތަހްގީޤެއް ކުރެވިދާނެއެވެ. މިގޮތުން ކުރާ ތަހްގީޤެއް ކުރުމަށް ކޮމިށަނުން ކަނޑައަޅާ ކޮމިޓީއަކާ ނުވަތަ މެންބަރަކާ ހަވާލުކުރެވިދާނެއެވެ.
    (އ) ޖުޑީށަލް ސަރވިސް ކޮމިށަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން، ކޮމިށަނަށް ނުވަތަ ތަހްގީގު ކޮމިޓީއަށް ނުވަތަ ތަހްގީގުކުރުމާ ހަވާލުކުރެވިފައިވާ މެންބަރަކަށް، ހެކިން ހާޒިރުކޮށް، އަޑުއެހުން ބޭއްވުންފަދަ ކަންތަކުގައި ކޯޓަކަށް ލިބިދޭ އެންމެހައި އިހްތިޔާރުތައް ލިބިގެންވެއެވެ.
    (ވ) ފަނޑިޔާރަކާމެދު އެއްވެސް ތައުދީބީ ފިޔަވަޅެއް އަޅައިފިނަމަ، އެކަން އެ ފަނޑިޔާރެއްގެ މައުލޫމާތު ފައިލުގައި ހިމަނަންވާނެއެވެ. އަދި އެފަދަ ލިޔުމެއްގެ ކޮޕީ އެ ފަނޑިޔާރަކަށް ލިބެންވާނެއެވެ.
    (މ) ފަނޑިޔާރަކު މަގާމުން ވަކިކޮށްފި ހިނދެއްގައި، އޭނާއަށް ލިބިގެންވާ ޕެންށަނުގެ ހައްގު ފިޔަވައި، އެނޫން އެހެން އިނާޔަތެއް ލިބުމުން މަހްރޫމުކުރެވިގެންވެއެވެ.

  6. ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިވާ، 46 ވަނަ މާއްދާ.
    46. ފަނޑިޔާރުންގެ އަދަދު ކަނޑައެޅުން
    ދަށު ކޯޓުތަކުގެ ތެރެއިން ކޯޓެއްގައި ފަނޑިޔާރުން ތިބޭނެ އަދަދު ގާނޫނަކުން ކަނޑައަޅާފައި ނުވާހާހިނދަކު، ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ އަދަދު ކަނޑައަޅާނީ ޖުޑީށަލް ކައުންސިލުން ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް ޖުޑީށަލް ސަރވިސް ކޮމިށަނުންނެވެ.

  7. ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިވާ، 49 ވަނަ މާއްދާ.
    49. ފަނޑިޔާރަކު އެހެން ކޯޓަކަށް ބަދަލުކުރުން
    ފަނޑިޔާރަކު މަސައްކަތްކުރަމުންއައި ކޯޓު އުވިގެންދާ މަރުހަލާ ފިޔަވައި، އެހެން ހާލަތްތަކުގައި، އެއްވެސް ފަނޑިޔާރަކު އޭނާ އައްޔަންކުރެވޭ ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލުކުރަންވާނީ، ޖުޑީށަލް ކައުންސިލްގެ ހުށަހެޅުމަކަށެވެ. މިގޮތުން ފަނޑިޔާރަކު އެހެން ކޯޓަކަށް ބަދަލުކުރާނަމަ، ބަދަލުކުރެވޭނީ އެ ފަނޑިޔާރަކު މަސައްކަތްކުރަމުން އައި ކޯޓާ އެއްފަދަ، އެއް ދަރަޖައެއްގެ ކޯޓަކަށެވެ.

  8. ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިވާ، 52 ވަނަ މާއްދާ.
    52. އެހެން ކޯޓެއްގައި ވަގުތީ ގޮތުން ށަރީއަތްކުރަން ހަވާލުކުރުމާމެދު ގޮތެއް ކަނޑައެޅުން
    ވަގުތީ ގޮތުން އެހެން ކޯޓެއްގެ ށަރީއަތް ހިންގުން ފަނޑިޔާރަކާ ހަވާލުކުރުމާ ބެހޭގޮތުން ގޮތެއް ކަނޑައަޅާނީ، ޖުޑީށަލް ކައުންސިލްގެ ލަފާގެމަތިން، ޖުޑީށަލް ސަރވިސް ކޮމިށަނުންނެވެ.

  9. ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިވާ، 54 ވަނަ މާއްދާ.
    54. ފަނޑިޔާރަކު ކޯޓުން ބޭރުގެ ކަމަކަށް ދޫކުރުން
    (ހ) ށަރުއީ ދާއިރާގެ ނުވަތަ ގާނޫނީ ދާއިރާގެ ކަމަކަށް ފިޔަވައި، ކޯޓުން ބޭރު އެއްވެސް ކަމަކަށް، ފަނޑިޔާރަކު ދުލެއް ނުކުރެވޭނެއެވެ.
    (ށ) މި މާއްދާގެ (ހ) ގެ ދަށުން ހުއްދަކުރެވޭ ހާލަތެއްގައި، ފަނޑިޔާރަކު ދޫކުރެވޭނީ ޖުޑީށަލް ސަރވިސް ކޮމިށަނުގެ ހުއްދައަކާއެކު، އެ ކޮމިށަނުން ކަނޑައަޅާ މުއްދަތަކަށެވެ. އެ މުއްދަތު، އެއްވެސް ހާލަތެއްގައި، 6 (ހައެއް) މަސްދުވަހަށްވުރެ ދިގުވެގެން ނުވާނެއެވެ.

  10. ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިވާ، 55 ވަނަ މާއްދާ.
    55. ފަނޑިޔާރަކު ބޭރު ގައުމަކަށް ފޮނުވާފައި ހުރުން
    ޖުޑީށަލް ސަރވިސް ކޮމިށަނުގެ ހުއްދައަކާއެކު، ބޭރު ގައުމެއްގައި ނުވަތަ ބައިނަލްއަގްވާމީ މުއައްސަސާއެއްގައި މަސައްކަތްކުރުމަށް ފަނޑިޔާރަކު ފޮނުވިދާނެއެވެ. މިގޮތަށް ފަނޑިޔާރަކު ފޮނުވާފައި ބެހެއްޓޭނީ މެދުނުކެނޑި ގިނަވެގެން 2 (ދޭއް) އަހަރު ވަންދެނެވެ. މި މުއްދަތު ޖުޑީށަލް ސަރވިސް ކޮމިށަނަށް އިތުރުކޮށްދެވިދާނެއެވެ.

  11. ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިވާ، 67 ވަނަ މާއްދާ.
    67. ޗުއްޓީ ދޭ ފަރާތް
    (ހ) އެއް ފަނޑިޔާރަކަށްވުރެ ގިނަ ފަނޑިޔާރުން ތިބޭ ކޯޓެއްގައިނަމަ، އެ ކޯޓުގެ ފަނޑިޔާރުންގެ ޗުއްޓީގެ ކަންތައްތައް ހަމަޖައްސާނީ އެ ކޯޓުގެ އިސް ފަނޑިޔާރެވެ. އަދި ކޯޓެއްގެ އިސް ފަނޑިޔާރުގެ ޗުއްޓީގެ ކަންތައްތައް ހަމަޖައްސާނީ އުއްތަމަފަނޑިޔާރެވެ. އެއް ފަނޑިޔާރަކު ހުންނަ ކޯޓެއްނަމަ، އެ ފަނޑިޔާރުގެ ޗުއްޓީގެ ކަންތައްތައް ހަމަޖައްސާނީ އެ ދާއިރާގެ އިސް ފަނޑިޔާރު ނުވަތަ އިސް ފަނޑިޔާރުގެ މަސްއޫލިއްޔަތު އަދާކުރާ ފަނޑިޔާރެވެ.
    (ށ) މި މާއްދާގެ (ހ) ގައި މިހެން އޮތްނަމަވެސް،  މި ގާނޫނުގެ 66 ވަނަ މާއްދާގައި ބުނެފައިވާ ޒިއްޙީ ސަބަބަށްޓަކައި ދޭ ދިގު މުއްދަތުގެ  ޗުއްޓީއާ ބެހޭގޮތުން ގޮތެއް ކަނޑައަޅާނީ ޖުޑީށަލް ކައުންސިލްގެ ލަފާގެމަތިން އެ ކޯޓެއްގެ އިސް ފަނޑިޔާރެވެ.

(ށ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު (ގާނޫނު ނަންބަރު 22/2010) ގެ އަންނަނިވި މާއްދާތައް އުވުނީއެވެ.

  1. ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިވާ، 23 ވަނަ މާއްދާގެ (ށ)
    23. (ށ) ސުޕްރީމްކޯޓުގެ ރަޖިސްޓްރާރ އައްޔަންކުރާނީ ސުޕްރީމްކޯޓުގެ އެހެން ފަނޑިޔާރުންގެ މަޝްވަރާއާއެކު އުއްތަމަފަނޑިޔާރެވެ.

  2. ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިވާ، 49 ވަނަ މާއްދާގެ (ށ)
    49. (ށ) ހައިކޯޓުގެ ރަޖިސްޓްރާރ އައްޔަންކުރާނީ ހައިކޯޓުގެ ފަނޑިޔާރުންގެ ލަފާގެމަތިން ހައިކޯޓުގެ އިސް ފަނޑިޔާރެވެ.

  3. ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިވާ، 59 ވަނަ މާއްދާގެ (ށ)
    59. (ށ) ސުޕީރިއަރ ކޯޓުތަކުގެ ރަޖިސްޓްރާރ އައްޔަންކުރާނީ އެ ކޯޓެއްގެ ގާޟީންގެ ލަފަޔާއެކު އެ ކޯޓުގެ އިސް ގާޟީއެވެ.

  4. ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިވާ، 93 ވަނަ މާއްދާ
    39. ކޯޓުތަކުގެ އިދާރީ މުވައްޒަފުން
    ކޯޓުތަކުގެ ރަޖިސްޓްރާރއިން ފިޔަވައި ކޯޓުތަކާއި، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަންގެ އެންމެހައި މުވައްޒަފުންނަށް ވަޒީފާދީ، ވަޒީފާއިން ވަކިކޮށް، މަގާމުގެ ކުރިއެރުންދީ މުވައްޒަފުންނާބެހޭ އެންމެހައި ކަންކަން މި ގާނޫނުގައިވާ ގޮތުގެމަތިން ބަލަހައްޓާނީ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުންނެވެ.

 

31 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 41 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

41. މާނަކުރުން   

(ހ) މި ގާނޫނުގައި އެހެންގޮތަކަށް ބުނެފައި ނުވާހާހިނދަކު؛

"އޮޑިޓަރ ޖެނެރަލް" ކަމަށް ބުނެފައި އެވަނީ، އޮޑިޓް ގާނޫނު (ގާނޫނު ނަންބަރު 4/2007) ގެ ދަށުން އިސްކޮށްފައިވާ އޮޑިޓަރ ޖެނެރަލަށެވެ.

"ކޮމިށަން" ކަމަށް ބުނެފައި އެވަނީ، ޖުޑީށަލް ސަރވިސް ކޮމިށަނަށެވެ.

(ށ) މި ގާނޫނުގައި އެހެންގޮތަކަށް ބުނެފައި ނުވާހާހިނދަކު، މި ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުތައް ގުނާނީ ބަންދުދުވަސްތައް ހިމެނޭ ގޮތަށެވެ.

 

32 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީޚުން ފެށިގެންނެވެ.

 

މައި ގާނޫނު

ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު (ގާނޫނު ނަންބަރު 2008-10)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2008-10)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު