ޖަލުތަކާއި ޕެރޯލްގެ ގާނޫނު (ގާނޫނު ނަންބަރު 2013-14) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު
(ގާނޫނު ނަންބަރު 2018-12)
ގާނޫނު ނަންބަރު 2013-14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 7 ވަނަ މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.
7 (ރ)
(1) އާންމު ޖަލުތަކާއި ރިމާންޑް ޖަލުތަކަށް ޑައިރެކްޓަރ އޮފް ޕްރިޒަން އައްޔަނުކުރާނީ މިނިސްޓަރުގެ ލަފަޔާއެކު ކޮމިޝަނަރ އޮފް ޕްރިޒަންސްއެވެ.
2 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 18 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
18. ކޮމިށަނަރ އޮފް ޕްރިޒަންސް
މޯލްޑވްސް ކަރެކްށަނަލް ސަރވިސްގެ އެންމެ އިސްވެރިޔާގެ ގޮތުން އެންމެހައި ކަންތައްތައް އިންތިޒާމުކޮށް ދުވަހުން ދުވަހަށް ހިންގުމުގެ ޒިންމާ އަދާކުރުމަށްޓަކައި ކޮމިށަނަރ އޮފް ޕްރިޒަންސްއަކާއި ޑެޕިއުޓީ ކޮމިށަނަރ އޮފް ޕްރިޒަންސްއެއް ހުންނަންވާނެއެވެ. ކޮމިށަނަރ އޮފް ޕްރިޒަންސްއަކާއި ޑެޕިއުޓީ ކޮމިށަނަރ އޮފް ޕްރިޒަންސްއެއް އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 127 ވަނަ މާއްދާގެ (ށ) ގެ (7) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.
127 (ށ)
(7) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އިސް އޮފިސަރެއް؛
4 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
މައި ގާނޫނު
ޖަލުތަކާއި ޕެރޯލްގެ ގާނޫނު (ގާނޫނު ނަންބަރު 2013-14)
ކޮންސޮލިޑޭޓެޑް ގާނޫނު
ޖަލުތަކާއި ޕެރޯލްގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2013-14)
ކިޔުންތެރިންގެ ހިޔާލު