-

ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2014-18) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2024-12)

(މި ގާނޫނަށް އަމަލުކުރަން ފެށީ 3 ސެޕްޓެމްބަރު 2024 ގައި)

 

ގާނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ބޭރުގެ ފަރާތްތަކުން ދިވެހިރާއްޖޭގައި ވިޔަފާރިކުރުން 5.

ބޭރުގެ އެއްވެސް ފަރާތަކަށް ދިވެހިރާއްޖޭގައި ވިޔަފާރިއެއް ހިންގޭނީ، އަންނަނިވި ކަންކަން ފުރިހަމަކުރުމަށްފަހުގައެވެ.

(ހ) ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ކުންފުންޏެއް ރަޖިސްޓަރީކުރުން ނުވަތަ ރީ-ރަޖިސްޓަރީކުރުން ނުވަތަ ޕާޓްނަރށިޕްގެ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ޕާޓްނަރށިޕެއް ރަޖިސްޓަރީކުރުން؛ އަދި

(ށ) ފޮރިން އިންވެސްޓްމަންޓްގެ ގާނޫނުގައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި އިންވެސްޓްކުރުމުގެ ހުއްދަ ހޯދުން.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ބޭރުގެ ފަރާތްތަކުން ސެކިއުރިޓީޒްގައި އިންވެސްޓްކުރުން 6.

(ހ) މި ގާނޫނުގެ 5 ވަނަ މާއްދާ އެހެން އޮތްނަމަވެސް، އެ މާއްދާގައި ބަޔާންކުރާ ކަންކަން ފުރިހަމަކުރުމަކާ ނުލައި، ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގައިވާ ގޮތުގެމަތިން، އަދި އެ ގާނޫނުން ހުއްދަކުރާ ބާވަތެއްގެ ސެކިއުރިޓީޒްގައި ބޭރުގެ ފަރާތްތަކުން އިންވެސްޓްކުރުމަކަށް މި ގާނޫނު ހުރަހެއްނާޅައެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ސެކިއުރިޓީޒްގައި އިންވެސްޓްކުރަން އެދޭ ބޭރުގެ ފަރާތަކީ އެކުއިޓީގައި އިންވެސްޓްކުރަން އެދޭ ފަރާތެއްނަމަ، ސެކިއުރިޓީޒް މުއާމަލާތެއްގައި އެފަރާތަކުން ގަންނަ ހިއްސާގެ މިލްކުވެރިކަން %10 (ދިހައެއް އިންސައްތަ) އަށްވުރެ އިތުރުވެގެންނުވާނެ އެވެ.

 

3 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2014-18)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު (ކޮންސޮލިޑޭޓެޑް ނަންބަރު 2014-18)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު