-

ކޯޓުތަކުގެ ގާނޫނު (ގާނޫނު ނަންބަރު 2010-22) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2019-06)

 

ގާނޫނު ނަންބަރު 2010-22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) އަށް އަންނަނިވި އިސްލާހު ގެނައުން.

 

1 ވަނަ މާޢްދާ - ބުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހު ކުރުން.

 

5 ވަނަ މާއްދާ – ސުޕްރީމްކޯޓު އެކުލެވިގެންވާ ގޮތް

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު އެކުލެވިގެންވަނީ، އުއްތަމަފަނޑިޔާރާއި، އެ ކޯޓަށް އައްޔަންކުރެވޭ އިތުރު 6 (ހައެއް) ފަނޑިޔާރުންނާއެކު، ޖުމްލަ 7 (ހަތެއް) ފަނޑިޔާރުންގެ މައްޗަށެވެ.

 

2 ވަނަ މާއްދާ -

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

ކޯޓުތަކުގެ ގާނޫނު (ގާނޫނު ނަންބަރު 2010-22)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ކޯޓުތަކުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2010-22)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު