-

ކޯޓުތަކުގެ ގާނޫނު (ގާނޫނު ނަންބަރު 2010-22) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2017-06)

 

ގާނޫނު ނަންބަރ 2010-22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) އަށް އަންނަނިވި އިސްލާހު ގެނައުމުގެ ގެނައުން

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 27 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހު ކުރުން.

22 ހައިކޯޓު އެކުލެވިގެންވާ ގޮތް

(ހ) ހައިކޯޓު އެކުލެވިގެންވަނީ ހައިކޯޓުގެ އިސް ފަނޑިޔާރާއި، އެކޯޓަށް އައްޔަންކުރެވޭ އިތުރު 10 (ދިހައެއް) ފަނޑިޔާރުންނާއެކު ޖުމްލަ 11 (އެގާރަ) ފަނޑިޔާރުންގެ މައްޗަށެވެ.

(ށ) ގާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހައިކޯޓަށް އައްޔަންކޮށްފައިވާ ފަނޑިޔާރުން، ފަނޑިޔާރުކަމުގެ މަގާމުގައި ދެމިތިބޭނެއެވެ. އަދި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހައިކޯޓުގެ ފަނޑިޔާރުންގެ ޖުމްލަ އަދަދު ހަމަކުރުމަށްޓަކައި ހައކޯޓަށް އިތުރަށް އައްޔަންކުރަންޖެހޭ ފަނޑިޔާރުން، ގާނުނު ނަންބަރ 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، އައްޔަންކުރަންވާނެއެވެ.

 

2 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 35 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހު ކުރުން.

35. (ބ) މި މާއްދާގެ ދަށުން ގާއިމްކުރެވޭ ހައިކޯޓުގެ ގޮފިތަކަށް ފަނޑިޔާރުން ހަމަޖައްސާނީ ހައިކޯޓަށް އައްޔަންކޮށްފައިވާ 11 (އެގާރަ) ފަނޑިޔާރުންގެ ތެރެއިން ކޮންމެ ގޮތްޕަކަށް 3 (ތިނެއް) ފަނޑިޔާރުންގެ ނިސްބަތުންނެވެ.

 

3 ވަނަ މާއްދާ – މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ކޯޓުތަކުގެ ގާނޫނު (ގާނޫނު ނަންބަރު 2010-22)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ކޯޓުތަކުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2010-22)

ކިޔުންތެރިންގެ ހިޔާލު