-

މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނު

(ގާނޫނު ނަންބަރު 2024-02)

(މި ގާނޫނަށް އަމަލުކުރަން ފަށާނީ/ފެށީ 2 އެޕްރީލް 2024 ގައި)

 

އެއްވަނަ ބާބު

ފެށުން

 

1 ވަނަ މާއްދާ - ތައާރުފާއ ނަން 

(ހ) މިއީ، ދިވެހިރާއްޖޭގައި، މަސައްކަތްތެރިން މަސައްކަތްކުރާ މާހައުލުގެ ސަލާމަތާއި، މަސައްކަތްތެރިންގެ ސިއްހީ ރައްކާތެރިކަމާއި، މަސައްކަތުގެ މާހައުލުގައި ހަރަކާތްތެރިވާ އެނޫންވެސް ފަރާތްތަކުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ "މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މި ގާނޫނުގެ މަގްސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.  

(ހ) މަސައްކަތުގެ މާހައުލަކީ މަސައްކަތްކުރާ ފަރާތްތަކާއި މަސައްކަތުގެ މާހައުލުގައި ހަރަކާތްތެރިވާ އެނޫންވެސް ފަރާތްތަކަށް ސިއްހީގޮތުން ރައްކާތެރި މާހައުލެއްކަން ކަށަވަރުކުރުމަށްޓަކައި ހަމަހަމަ އަދި ދެމެހެއްޓެނެވި ނިޒާމެއް ގާއިމްކުރުން؛

(ށ) މަސައްކަތުގެ މާހައުލުގައި ދިމާވެދާ ސިއްހީ ނުރައްކާތަކާއިި ގެއްލުންތަކުން މަސައްކަތްކުރާ ފަރާތްތަކާއި މަސައްކަތުގެ މާހައުލުގައިހަރަކާތްތެރިވާ އެނޫންވެސް ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މަސައްކަތުގެ މާހައުލުން ޖެހޭ ބަލިތަކާއިި މަސައްކަތުގެ މާހައުލާގުޅުންހުރި ބަލިތަކާއިި، އެނޫންވެސް މަސައްކަތުގެ މާހައުލުގައި ދިމާވެދާ ނުރައްކާތަކާއިި ގެއްލުންތަކުން އެފަދަ ފަރާތްތައް ރައްކާތެރިކުރުރުމުގ އުސޫލުތައް ކަނޑައެޅުން؛

(ނ) މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަންކަށަވަރުކުރުމުގެެ ގޮތުން އެކިފަރާތްތަކާ މަތިކުރެވޭ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ކަނޑައަޅައި އެފަދަ ފަރާތްތައް ޖަވާބުދާރީކުރެވޭނޭ ނިޒާމެއް ގާއިމުކުރުން؛

(ރ) މަސައްކަތްތެރިންގެ ސިއްހީ ދުޅަހެޔޮކަމާއި ސަލާމަތާ ގުޅޭގޮތުން ނިންމާ ނިންމުންތަކާއި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ބަސްބުނުމުގެ ފުރުސަތު މަސައްކަތްތެރިންނަށް ހޯދައިދެވޭނެ ނިޒާމެއް ގާއިމުކުރިުން؛

(ބ) މަސައްކަތުގެ މާހައުލުން މަސައްކަތްތެރިންނަށް ސިއްހީ ގެއްލުމެއްނުވަތަ އަނިޔާއެއް ލިބިއްޖެ ނަމަ އަމަލުކުރާނެެ ގޮތުގެ އުސޫލުތައް ކަނޑައަޅައިި، މަސައްކަތުގެ މާހައުލުގައި ދިމާވާ އެކްސިޑެންޓްތަކާއިި އަނިޔާތަކާއި މަސައްކަތްތެރިންގެ ސިއްހަތަށް ލިބޭ ގެއްލުންތައް ރިޕޯޓުކުރެވޭނޭ ނިޒާމެއް ކަނޑައެޅުން؛

(ޅ) މަސައްކަތުގެ މާހައުލުން މަސައްކަތްތެރިންނަށް ލިބޭ އަނިޔާތަކާއިި ގެއްލުންތަކަށް ބަދަލުދެވޭނެ ނިޒާމެއް ކަނޑައެޅުން؛

(ކ) މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަން ރަށުފެންވަރުގައި އަދި ސިޓީ ފެންވަރުގައި ދެމެހެއްޓެނެވި ގޮތެއްގައި ކަށަވަރުކޮށްދެވޭނެ ހަމަތައް ބަޔާންކުރުން؛

(އ) މަސައްކަތުގެ މާހައުލަކީ ރައްކާތެރި ތަނަކަށް ހިދުމަށްޓަކައިި، އަދި މަސައްކަތްތެރިންނާއެ މަސައްކަތްކުރުވާ ފަރާތްތަކަކީ ޒިންމާދާރު، މަސްއޫލުވެރި ފަރާތްތަކަކަށް ހިދުމަށްޓަކައިި، މަސައްކަތުގެ މާހައުލާގުޅުންހުރި ބަލިތަކާއިި ނުރައްކާތަކާ ގުޅޭގޮތުން، މަސައްކަތުގެ މާހައުލުގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތައް ހޭލުންތެރި ކުރެވޭނެ ނިޒާމެއް ގާއިމުކުރުން؛ އަދި

(ވ) ގާނޫނާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ އުސޫލުތައް ބަޔާންކުރުން.

 

3 ވަނަ މާއްދާ - ގާނޫނު ހިނގާނެ ދާއިރާ

މި ގާނޫނުގައިި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، އެހެން ގާނޫނެއްގައި މި ގާނޫނުން އިސްތިސްނާވާނ ކަމަށް ބަޔާންކޮށްފައިިވާ ދާއިރާތަކާއި ފަރާތްތައް ފިޔަވައި، ދައުލަތުގެ ނުވަތަ އަމިއްލަ ފަރާތްތަކުގައި މަސައްކަތްކުރާ މަސައްކަތްތެރިންނާއެ މަސައްކަތް ހަވާލުކުރާ ފަރާތްތަކާއިި، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެ މައްޗަށް މި ގާނޫނު ހިނގާނެ އެވެ.  

 

4 ވަނަ މާއްދާ - މި ގާނޫނަށް އިސްކަންދިނުން.

މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމާ ގުޅޭގޮތުން އެހެން ގާނޫނެއްގައި ބަޔާންކޮށްފައިިވާ އުސޫލަކާއި މި ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލަކާ ފުށުއަރާނަމަ، އިސްކަންދޭނީ މި ގާނޫނަށެވެ.

 

 

ދެވަނަ ބާބު

މަސައްކަތްކުރާ ފަރާތްތަކުގެ ހައްގުތައް

 

5 ވަނަ މާއްދާ - އެއްވެސް ތަފާތުކުރުމެއްނެތި ހައްގުތައް ކަށަވަރުކޮށްދިނުން

(ހ) މި ބާބުގައި ބަޔާންކޮށްފައިިވާ ހައްގުތައް، ކޮންމެ މަސައްކަތްތެރިއަކަށްމެ ލިބިގެންވާނެއެވެ.  

(ށ) އެ މީހަކު އަދާކުކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކަށް ރިއާޔަތްކޮށް، މި ގާނޫނުގައި ބަޔާންކުރާ ރައްކާތެރިކަން ހޯދުމުގ ހައްގު، ކޮންމެ މަސައްކަތްތެރިއަކަށްމެ ލިބިގެންވާނެއެވެ.  

(ނ) މި ގާނޫނުގައި ބަޔާންކުރާ ހައްގުތައް މަސައްކަތްތެރިންނާއ އެހެނިހެން ފަރާތްތަކަށް ލިބިދިނުމުގައި މަސައްކަތުގެ ބާވަތަށް ރިއާޔަތްކޮށް، އެކަށީގެންވާ ރައްކާތެރި މަސައްކަތުގެ މާހައުލެއް ބިނާކޮށްދިނުމަކީ އެ މަސައްކަތެއް ހަވާލުކުރާ ފަރާތުގެ ޒިންމާއެކެވެ.  

 

6 ވަނަ މާއްދާ - ހައްގުތައް ލިބިދިނުމުގައި ތަފާތުނުކުރުން

(ހ) މި ގާނޫނުގެ ދަށުން މަސައްކަތްތެރިންގެ ހައްގުތައް އެ މީހުންނަށް ލިބިދިނުމުގައި، އެއްވެސް މީހެއްގެ ނަސްލަށް، ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް ނުވަތަ ނިސްބަތްވާ ގައުމަށް، ނުވަތަ ސިޔާސީ ނުވަތަ އެނޫންވެސް ވެސްނުމަކަށް، ނުވަތަ ވާހަކަދައްކައި އުޅޭ ބަހަށް ނުވަތަބަހުރުވަޔަކަށް، ނުވަތަ ނިސްބަތްވާ އާއިލާއަށް، ނުވަތަ އުފަންވީ ރަށަށް،ނުވަތަ ނިސްބަތްވާ އިޖްތިމާއީ މަރުކަޒަށް، ނުވަތަ މީހެއްގެ ކިބައިގައި ހުރި ނުކުޅެދުންތެރި ކަމަކަށް، ނުވަތަ މާލީ ފުދުންތެރި ކަމަށް، ނުވަތައެނޫންވެސް ކަމަކަށް ބިނާކޮށް، އެއްވެސް ތަފާތުކުރުމެއް ގެންގުޅިގެން ނުވާނެއެވެ.

(ށ) މަސައްކަތްތެރިއަކު ނުވަތަ މަސައްކަތްތެރިންނާ ގުޅުންހުރި ފަރާތަކުން ހިންގާ ހަރަކާތަކާ ގުޅިގެން ނުވަތަ ފާޅުކުރާ ހިޔާލަކާ ގުޅިގެން ނުވަތަ ގެންގުޅޭ ފިކުރަކާ ގުޅިގެން ނުވަތަ އެއިން ކަމަކަށް މަސައްކަތްތެރިއަކު ތާއީދުކުރާ ކުރުމަކާ ގުޅިގެން މި ގާނޫނުގައި ބަޔާންކުރާ އެއްވެސް ހައްގެއް އެ މީހަކަށް ލިބިދިނުމުގައި އެ މީހަކާމެދު ތަފާތުކޮށްގެން ނުވާނެއެވެ.  

 

7 ވަނަ މާއްދާ - ރައްކާތެރި ގޮތުގައި މަސައްކަތްކުރެވޭނޭ ތަނަކާއ ގޮތެއް ހަމަޖައްސައިދިނުން

(ހ) މަސައްކަތްތެރިންގެ ސަލާމަތަށް ނުރައްކާވާފަދަ އެއްވެސް މަސައްކަތެއް ކުރުމަށް މަސައްކަތްކުރުވާ ފަރާތުން އަމުރުކޮށްގެން ނުވާނެއެވެ. އަދި އެފަދަ އަމުރެއްކުރުމާއި، އެފަދަ މަސައްކަތެއް ކުރުމަށް މުވައްޒަފުންނަށްމަޖުބޫރު ކުރުމަކީ މަނާކަމެކެވެ.  

(ށ) ރައްކާތެރި ގޮތެއްގައި މަސައްކަތްކުރުމަށް ބޭނުންވާ އާލާތާއި، މެށިނަރީ އަދި އެނޫންވެސް ތަކެތި ލިބުމުގެ ހައްގު ކޮންމެ މަސައްކަތްތެރިއަކަށްމެ ލިބިގެންވާނެއެވެ.  

(ނ) ރައްކާތެރި ގޮތެއްގައި މަސައްކަތްކުރުމަށް ބޭނުންވާނެ ތަކެތީގެ އިތުރުން،އެ މަސައްކަތެއްގެ ބާވަތުން ރައްކާތެރި ގޮތެއްގައި އެ މަސައްކަތްކުރުމަށް ބޭނުންވާނެ އެކަށީގެންވާ ވަސީލަތްތައް ލިބުމުގެ ހައްގު ކޮންމެ މަސައްކަތްތެރިއަކަށްމެ ލިބިގެންވާނެއެވެ.  

(ރ) ކުރަމުންދާ މަސައްކަތަކީ، އޭގެ ސަބަބުން މަސައްކަތުގެ މާހައުލުގައި ސިއްހަތަށް ގެއްލުންހުރި ކަންކަން ދިމާވެދާ ބާވަތުގެ މަސައްކަތަކަށް ވެފައި، އެފަދަ ކަންކަން މަސައްކަތްކުރާ ތަނުން ނައްތާނުލ ވޭނަމަ ނުވަތަ ކޮންޓްރޯލްނުކުރެވޭނަމަ، އެކަންކަމުން ސަލާމަތްވުމަށް ބޭނުންކުރާނެެ ރައްކާތެރި ހެދުމާ އެތަކެތި މަސައްކަތްތެރިންނަށް ފޯރުކޮށްދޭންވާނެއެވެ.  

(ބ) ކުރަމުންދާ މަސައްކަތުގެ ބާވަތަށް ބަލައި، މަސައްކަތްތެރިންގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމާ ގުޅޭގޮތުން ތަމްރީނާއެ މައުލޫމާތު ދިނުމާއި،މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމާ ގުޅޭގޮތުން އެނގެންޖެހޭ އެހެނިހެން މައުލޫމާތުތައް ލިބޭނޭ އިންތިޒާމުތައް މަސައްކަތުގެ މާހައުލުގައި ހަމަޖެހިފައި ހުންނަންވާނެއެވެ.  

 

8 ވަނަ މާއްދާ - ކުއްލި ނުރައްކަލުގެ ހާލަތުގައި ފުރަތަމަ އެހީ ފޯރުކޮށްދިނުމަށް ބޭނުންވާނެ ވަސީލަތްތައް ލިބިދިނުން

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައާއެ މަސައްކަތުގެ މާހައުލުގައި ދިމާވާ އެކްސިޑެންޓްތަކުގައި ފުރަތަމަ އެހީ ފޯރުކޮށްދިނުމަށް ބޭނުންވާނެ ވަސީލަތްތައް މަސައްކަތުގެ މާހައުލުގައި ލިބޭނޭ އިންތިޒާމު ހަމަޖައްސައިދިނުމާއެކު، އެ ވަސީލަތްތައް ބޭނުންކުރުމާގުޅޭ ތަމްރީނ،ު ކޮންމެ މަސައްކަތްތެރިއަކަށްމެ ލިބިދޭންވާނެއެވެ.  

 

9 ވަނަ މާއްދާ - ބޭސްފަރުވާގ ހައްގު

(ހ) މަސައްކަތުގެ ތެރޭގައި މަސައްކަތްތެރިއަކަށް ހާނީއްކައެއް ނުވަތަ އަނިޔާއެއް ވެއްޖެ ނަމަ، ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުން ދުޅަހެޔޮސިއްހަތަކަށް ވާސިލުވުމަށް ބޭނުންވާ އެކަށީގެންވާ ސިއްހީ ފަރުވާއާއި ހިދުމަތް، ނުވަތަ ލިބުނު ގެއްލުމަކަށް ފަރުވާކުރެވޭނޭ ވަސީލަތްތައް، އިތުރު އަގެއް ނެގުމަކާ ނުލައި، މަސައްކަތްތެރިންނަށްހަމަޖައްސައެދޭންވާނެއެވެ.  

(ށ) މަސައްކަތުގައި ކެމިކަލް ނުވަތަ ބަޔޮލޮޖިކަލް މާއްދާތައް ބޭނުންކުރާމަސައްކަތްތެރިންނާއ ޖިސްމާނީގޮތުން ސިއްހަތަށް އެއްވެސް ނުރައްކަލެއް ދިމާވެދާ ފަދަ މަސައްކަތްކުރާ މުވައްޒަފުންގެ ސިއްހަތަށް މަސައްކަތުގެ ސަބަބުން ނުވަތަ މަސައްކަތުގެ މާހައުލުގެ ސަބަބުން ނޭދެވޭއަސަރެއް ކުރަމުންދޭތޯ ބެލުމަށް ގަވާއިދުން ހަދަންޖެހޭ ޓެސްޓުތައް ނުވަތަތަހްލީލުތައް، އިތުރު އަގެއް ނެގުމަކާ ނުލައި، ހެދޭނެ އިންތިޒާމު ވަޒީފާދޭ ފަރާތުން ހަމަޖައްސައެދޭންވާނެއެވެ.  

 

10 ވަނަ މާއްދާ - ގެއްލުމުގެ ބަދަލު ލިބިދިނުމުގެ ހައްގު

މަސައްކަތުގެ ތެރޭގައި އަނިޔާއެއްވުމުގެ ސަބަބުން މަސައްކަތްތެރިއަކަށް ވަގުތީ ނުވަތަ ދާއިމީ ނުކުޅެދުންތެރިކަމެއް މެދުވެރިވެއްޖެ ނަމަ ނުވަތަ މަސައްކަތްތެރިއެއްގެ ފުރާނަ ގޮސްފިނަމަ އޭގެ ސަބަބުން ލިބޭ ގެއްލުމުގ ބަދަލު މި ގާނޫނުގައިވާ ގޮތުގެ މަތިން ލިބިދިނުމުގެ ހައްގު މަސައްކަތްތެރިންނަށް ނުވަތަ އެ މީހުންގެ ވާރިސުންނަށް ލިބިގެންވާނެއެވެ.  

 

 

ތިންވަނަ ބާބު

ގާނޫނު ހިންގުން

 

11 ވަނަ މާއްދާ - ސިޔާސަތު ކަނޑައެޅުން

ދިވެހިރާއްޖޭގައެ މަސައްކަތްކުރާ އެންމެހައި މަސައްކަތްތެރިންގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމާއި، މަސައްކަތްތެރިންގެ މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމާގުޅޭ އެންމެހައި ސިޔާސަތުތައް ކަނޑައަޅާނީ މިނިސްޓަރެވެ.  

 

12 ވަނަ މާއްދާ - ވަރކް ޕްލޭސް ސޭފްޓީ އެންޑް ހެލްތު އެޑްވައިޒަރީ ކައުންސިލް

(ހ) މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމާ ގުޅޭގޮތުން މިނިސްޓަރަށް ލަފާދިނުމަށްޓަކައި މި ގާނޫނަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، އަންނަނިވި ދާއިރާތަކުން ކަނޑައެޅޭ 13 (ތޭރަ) މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލައް "ވަރކް ޕްލޭސް ސޭފްޓީ އެންޑް ހެލްތް އެޑްވައިޒަރީ ކައުންސިލް" ގެ ނަމުގައި މިނިސްޓަރު އެކުލަވާލާަންވާނެއެވެ.  

  1. ވަޒީފާދޭ ފަރާތްތައް ތަމްސީލުކުރާ ޖަމްއިއްޔާތަކުން 3 (ތިނެއް) މެންބަރުން؛ 
  2. މަސައްކަތްކުރާ ފަރާތްތައް ތަމްސީލުކުރާ ޖަމްއިއްޔާތަކުން 3 (ތިނެއް) މެންބަރުން؛ 
  3. މިނިސްޓްރީގައ ނުވަތަ ސަރުކާރުގެ އެހެން އިދާރާއެއްގައި މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމާގުޅޭ މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކުގެެ ތެރެއިން 3 (ތިނެއް) މެންބަރުން؛
  4. މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަން ކުރިއެރުވުމަށް މަސައްކަތްކުރާ ފަންނީ ޖަމްއިއްޔާތައް ތަމްސީލުކުރާ 3 (ތިނެއް) މެންބަރުން؛
  5. ސިއްހީ ދާއިރާގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާ ތަމްސީލުކުރާ 1 (އެކެއް) މެންބަރު،

(ށ) މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކުރާ މެންބަރުންގެ ތިރީގައި މަދުވެގެން 1 (އެކެއް) އަންހެން މެންބަރަކު ހުންނަންވާނެއެވެ.  

(ނ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާއި (5) ވަނަ ނަންބަރު ފިޔަވައި ދެންހުރި ނަންބަރުތަކުގައި ބަޔާންކުރާ ފަރާތްތައް އައްޔަންކުރާނީ، އާންމުކޮށް އިއުލާންކުރުމުން، އެކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިންނެވެ.  

(ރ) ކައުންސިލުގެ ޗެއަރޕަރސަން އަދި ޑެޕިއުޓީ ޗެއަރޕަރސަން ކަމަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިިވާ ފަރާތްތަކުގެެ ތެރެއިން ފަރާތް އައްޔަންކުރާނީ މިނިސްޓަރެވެ.  

(ބ) ކައުންސިލުގެ މެންބަރުންގެ ދައުރަކީ 5 (ފަހެއް) އަހަރުދުވަހެވެ. އަދި މި ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ވަކިކުރެވޭ މެންބަރުން ފިޔަވައި އެހެން މެންބަރުން އިތުރު 2 (ދޭއް) ދައުރަށް އައްޔަންކުރެވިދާނެއެވެ.  

(ޅ) ކައުންސިލުގެ މެންބަރުކަމަށް އައްޔަންކުރަންވާނީ ކައުންސިލުގެ މަސްއޫލިއްޔަތުތަކާ ގުޅުންހުރި ދާއިރާއަކުން ތައުލީމު ނުވަތަ ތަޖުރިބާ ލިބިފައިިވާ ފަރާތްތަކެވެ.  

 

13 ވަނަ މާއްދާ - ކައުންސިލުގެ މަސްއޫލިއްޔަތުތައް

ކައުންސިލުގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމާ ގުޅޭގޮތުން މިނިސްޓަރަށް ފަންނީ ލަފަޔާއ އިރުށާދު ދިނުން،

(ށ) ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންންތަކަށް ހައްލު ހޯދުމުގައި މިނިސްޓަރަށް ލަފާދިނުން،

(ނ) މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމާގުޅޭ ގާނޫނާއި ގަވާއިދުތަކަށް ގެންނަން ފެންނަ އިސްލާހުތަކާއި އެފަދަ ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ފާހަގަކުރުން؛  

(ރ) މަސައްކަތުގެ މާހައުލާ ގުޅުންހުރި މަރު އަދި އަނިޔާތަކުގެ ތަފާސްހިސާބު ދިރާސާކުރުން؛

(ބ) މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމާގުޅޭ އިންޑަސްޓްރީ ކޯޑުތައް އެކުލަވާލުމުގައި ކަމާބެހޭ އިދާރާތަކަށް ލަފާދިނުން.

 

14 ވަނަ މާއްދާ - ކައުންސިލުގެ މެންބަރުން އިސްތިއުފާދިނުން 

ކައުންސިލުގެ މެންބަރަކު އޭނާގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަމިނިސްޓަރަށް ފޮނުވާ ލިޔުމަކުން އިސްތިއުފާދެވިދާނެއެވެ. އިސްތިއުފާދިންކަމުގެެ ލިޔުން މިނިސްޓަރަށް ލިބުމުން، އެ މެންބަރަކު އެ މަގާމުން ވަކިވީއެވެ.  

 

15 ވަނަ މާއްދާ - ކައުންސިލުގެ މެންބަރުކަމުން ވަކިކުރުން

ކައުންސިލުގެ މެންބަރަކު އަދާކުކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާނުކުރާކަމަށް ފެނިއްޖެ ހިނދެއްގައި ނުވަތަ އެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި އިހުމާލުވެއްޖެ ނަމަ ނުވަތަ އެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ނުކުޅެދިއްޖެ ނަމަ، އެ މެންބަރަކު މަގާމުން ވަކިކުރުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވާނެއެވެ.  

 

16 ވަނަ މާއްދާ - ހުސްވިާ މަގާމަށް މެންބަރުން އައްޔަންކުރުން

ކައުންސިލުގެ މެންބަރަކު މަރުވެއްޖެ ނަމަ ނުވަތަ އިސްތިއުފާދީފި ނަމަ ނުވަތަ މަގާމުން ވަކިކޮށްފި ނަމަ، ކައުންސިލުގެ ދައުރުގ ބާކީއޮތް މުއްދަތަށް، ހުސްވި މަގާމަށް މެންބަރުން އައްޔަންކުރުމާގުޅޭ އިޖުރާއަތުތަކާއިި އުސޫލުތައް،ކައުންސިލުގެ ކަންކަން ހިންގުމާ ގުޅޭގޮތުން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

17 ވަނަ މާއްދާ - ކައުންސިލުގެ މަސައްކަތްތައް ހިންގުމާއ ބައްދަލުވުންތައް ބޭއްވުން

(ހ) ކައުންސިލުގެ މަސައްކަތްތައް ހިންގުމަށް ބޭނުންވާ އިރާރީ އިންތިޒާމުތައް ހަމަޖައްސާނީ މިނިސްޓްރީންނެވެ.

(ށ) ކައުންސިލުގެ މަސްއޫލިއްޔަތު ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި އެކި ދާއިރާތަކާ ގުޅޭގޮތުން ފަންނީ ކޮމިޓީތައް އެކުލަވާލުމުގ އިހްތިޔާރު ކައުންސިލަށް ލިބިގެންވާނެއެވެ.  

(ނ) ކައުންސިލުގެ ބައްދަލުވުންތައް ބޭއްވުމާގުޅޭ އުސޫލުތައް، ކައުންސިލުގެ ކަންކަން ހިންގުމާ ގުޅޭގޮތުން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

18 ވަނަ މާއްދާ - ޑިރެކްޓަރ ޖެނެރަލް ފޯރ ވަރކް ޕްލޭސް ސޭފްޓީ އެންޑް ހެލްތު

(ހ) ދިވެހިރާއްޖޭގައެ މަސައްކަތްކުރާ މަސައްކަތްތެރިންނާއ އެ މަސައްކަތްތެރިންގެ މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މި ގާނޫނުގައި ބަޔާންކުރާ ކަންކަން ތަންފީޒުކުރުމުގެ އާންމު ޒިންމާ އުފުލާނީ، ޑިރެކްޓަރ ޖެނެރަލް ފޯރ ވަރކް ޕްލޭސް ސޭފްޓީ އެންޑް ހެލްތެވެ.  

(ށ) ޑިރެކްޓަރ ޖެނެރަލް ފޯރ ވަރކް ޕްލޭސް ސޭފްޓީ އެންޑް ހެލްތުމަސައްކަތްކުރާނީ މި ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން މިނިސްޓަރު ކަނޑައަޅާ ސިޔާސަތުތައް ތަންފީޒުކުރުމާ ގުޅޭގޮތުން ކަނޑައެޅޭ އާންމު އިރުށާދުގެ ދަށުންނެވެ.  

(ނ) މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމާ ގުޅޭގޮތުން ޑިރެކްޓަރ ޖެނެރަލް އަދާކުކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި، ކަމާ ގުޅޭގޮތުން ނިންމާ އެންމެހައި ނިންމުންތަކާ ގުޅޭގޮތުން ޑިރެކްޓަރ ޖަނަރަލް މިނިސްޓަރަށް ޖަވާބުދާރީވާންވާނެއެވެ.  

(ރ) ޑިރެކްޓަރ ޖެނެރަލަށް މި ގާނޫނުން މަތިކޮށްފައިވާ ޒިންމާއާއ މަސްއޫލިއްޔަތު އަދާކުރުމުގައި އޭނާއަށް އެހީތެރިވެ ދިނުމަށް ބޭނުންވާސިވިސްސަރިވސްގެ މުވައްޒަފުން މިނިސްޓްރީންހަމަޖައްސައެދޭންވާނެއެވެ.  

(ބ) ޑިރެކްޓަރ ޖެނެރަލް އައްޔަންކުރާނީ، މި މާއްދާގައި ބަޔާންކޮށްފައިިވާ ގޮތުގެ މަތިން މިނިސްޓަރެވެ.  

(ޅ) ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް އައްޔަންކުރާ ފަރާތަކީ، އަންނަނިވި ށަރުތުތައް ފުރިހަމަވާ ފަރާތެއްކަމުގައި ވާންވާނެއެވެ.

  1. ދިވެހިރައްޔިތަކު ކަމުގައިވުން؛ 
  2. ސިޔާސީ ޕާޓީއެއްގެ މެންބަރެއްކަމުގައި ނުވުމާއެކު،ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުންއިންތިހާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ މަގާމެއްގައި ހުރި ފަރާތެއްކަމުގައި ނުވުން؛  
  3. ދައުލަތުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ ފަރާތެއްކަމުގައި ނުވުން؛  
  4. މަގާމުގެ ޒިންމާއާއެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ގާބިލުކަން ހުރުމާއެކު ކަމާ ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީއެއް ހާސިލުކޮށްފައިވާ ފަރާތެއްކަމުގައިިވުން؛ 
  5. ކަމާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިިވުން؛ 
  6. ރިށްވަތުގެ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވަޒީފާ ފަރާތެއްކަމުގައި ނުވުން.

(ކ) މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު އައްޔަންކުރާ ފުރަތަމަ ޑިރެކްޓަރ ޖަނަރަލް މި ގާނޫނަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އައްޔަންކުރަންވާނެއެވެ.

(އ) ޑިރެކްޓަރ ޖެނެރަލް އެ މަގާމުގައި ދެމިހުންނާނީ އޭނާ އައްޔަންކުރެވޭ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށެވެ. އަދި މި ގާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ޑިރެކްޓަރ ޖެނެރަލްގެ މަގާމުންވަކިކުރެވޭ ފަރާތް ފިޔަވައި އެހެން ކޮންމެ ފަރާތް، އިތުރު 2 (ދޭއް) ދައުރަށް އައްޔަންކުރެވިދާނެއެވެ.

 

19 ވަނަ މާއްދާ - ޑިރެކްޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް

ޑިރެކްޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.  

(ހ) މި ގާނޫނު ތަންފީޒުކުރެވޭ މިންވަރު މޮނިޓަރކުރުމާއި، ވަޒީފާދޭ 
ފަރާތްތަކާއި މަސައްކަތްކުރާ ފަރާތްތަކުން މި ގާނޫނާއިި އްގޮތްވާ ގޮތުގެ މަތިން އަމަލުކުރޭތޯ ބެލުން؛

(ށ) މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މި ގާނޫނުގެ ދަށުން ހުއްދަ ދޭންޖެހޭ ފަރާތްތަކަށް ހުއްދަ ދޫކުރުމާއި އާކުރުމާއި، ހުއްދަ ދޫކޮށްފައިވާ ށަރުތުތަކަށް އުނިއިތުރު ގެނެއުމާއި، ހުއްދަ ހިފެހެއްޓުމާއި ބާތިލުކުރުން؛

(ނ) މި ގާނޫނުގެ ދަށުން ހުއްދަ ދީފައިވާ ފަރާތްތަކުން ހުއްދައިގައި ކަނޑައަޅާފައިވާ ށަރުތުތަކާ އެއްގޮތަށް އަމަލު ކުރަމުންދޭތޯ ބެލުން؛

(ރ) މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމާ ގުޅޭގޮތުން މަސައްކަތްތެރިން ހުށަހަޅާ ށަކުވާއާ ގުޅިގެން، ނުވަތަމި ގާނޫނުގެ ދަށުން އިންސްޕެކްޓަރުން ނުވަތަ އެނޫންވެސް ފަރާތްތަކުންހުށަހަޅާ ކަންކަމާ ގުޅިގެން މައްސަލަ ބަލައި ތަހްގީގުކުރުން؛

(ބ) މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމާ ގުޅޭގޮތުން އުފެދޭ މައްސަލަތައް ބަލައި ތަހްގީގުކުރުމުގެ ގޮތުން އަންނަނިވި ފިޔަވަޅުތައް އެޅުން؛

  1. މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމާ ގުޅޭގޮތުން މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ހިލާފު އަމަލެއްކޮށްފި ކަމަށް ބެލެވޭ ހާލަތުގައި، އެކަންކަން ބަލައި ތަހްގީގުކުރުމާއި އެ ބޭނުމަށްޓަކައި ތަންތަނަށް ވަނުމާއި، ބަލައި ފާސްކުރުމާއި، ހާޒިރުކުކުރަންޖެހޭ ފަރާތްތައް ހާޒިރުކުރުމާއި، ލިޔެކިޔުންތައް ހޯދުމާއެ ހުށަހެޅުުމަށް އެންގުން؛ 
  2. މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތަށް ކަމެއް ކުރުމަށް، ނުވަތަ ގާނޫނާއި ގަވާއިދާހިލާފަށް ކުރަމުންދާ މަސައްކަތެއް ހުއްޓުވުމަށް ނުވަތަ ކަމެއް ރަނގަޅުކުރުމަށް އަންގަންޖެހޭ ފަރާތްތަކަށް އެންގުންތައް އެންގުން؛ 
  3. މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކާމެދު ގާނޫނާއި ގަވާއިދުގެ ދަށުން ފިޔަވަޅު އެޅުން.

(ޅ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި، ޑިރެކްޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތައް ކަމުގައި ބަޔާންކުރާ އެނޫންވެސް ކަންކަން ކުރުން.

 

20 ވަނަ މާއްދާ - ޑިރެކްޓަރ ޖެނެރަލްގެ މަގާމު ހުސްވުން

(ހ) ޑިރެކްޓަރ ޖެނެރަލްގެ މަގާމު ހުސްވެއްޖެ ކަމަށް ބެލޭނީ އަންނަނިވި ހާލަތްތަކުގައެވެ.

  1. މަގާމުގެ މުއްދަތު ހަމަވުން؛ 
  2. އިސްތިއުފާދިނުން،
  3. މި ގާނޫނުގެ 22 ވަނަ މާއްދާގައި ވާ ގޮތުގެ މަތިން މަގާމުން ވަކިކުރުން؛  
  4. ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުންއިންތިހާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ މަގާމަކަށް ކުރިމަތި ލުންނުވަތަ އައްޔަންކުރުން؛ 
  5. މި ގާނޫނުގެ 18 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ށަރުތުތަކުގެ ތެރެއިން ށަރުތެއް އުނިވުން؛ 
  6. މަރުވުން.

(ށ) ޑިރެކްޓަރ ޖެނެރަލްގެ މަގާމު ހުސްވެއްޖެ ނަމަ، މަގާމު ހުސްވާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، މި ގާނޫނުގެ 18 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން އެ މަގާމަށް މީހަކު އައްޔަންކުރަންވާނެއެވެ.

 

21 ވަނަ މާއްދާ - ޑިރެކްޓަރ ޖެނެރަލް މަގާމުން އިސްތިއުފާދިނުން

ޑިރެކްޓަރ ޖެނެރަލް މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، އެކަން ބަޔާންކޮށް މިނިސްޓަރަށް ލިޔުމަކުން ހުށަހަޅައ، އެ ލިޔުން މިނިސްޓަރަށް ލިބުމުން، އޭނާ އެ މަގާމުން ވަކިވީއެވެ.

 

22 ވަނަ މާއްދާ - ޑިރެކްޓަރ ޖެނެރަލް މަގާމުން ވަކިކުރުން

ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައ ހުރި ފަރާތް އެ މަގާމުން ވަކިކުރެވޭނޭ،ީ އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހުމާލުވެއްޖެ ހާލަތެއްގައި، ނުވަތަ އޭނާގެ މަގާމާ އެކަށީގެންނުވާފަދަ ކަމެއް ކޮށްފި ހާލަތެއްގައި، ނުވަތަ އޭނާގެ މަގާމުއަދާކުރުމަށް އުޒުރުވެރިވެއްޖެ ހާލަތެއްގައި، މިނިސްޓަރަށެވެ.  

 

23 ވަނަ މާއްދާ - ލޭބަރ ރިލޭށަންސް އޮތޯރިޓީގެ މަސްއޫލިއްޔަތުތައް

(ހ) މި ގާނޫނުގައި ބަޔާންކުރާ އެންމެހައި ކަންކަން ތަންފީޒުކުރުމުގައި ލޭބަރރިލޭށަންސް އޮތޯރިޓީން ޑިރެކްޓަރ ޖެނެރަލަށް އެހީތެރިކަން ފޯރުކޮށްދޭންވާނެއެވެ.  

(ށ) މި ގާނޫނު ތަންފީޒުކުރުމުގައި އޮތޯރިޓީގެ މައިގަނޑު މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.  

  1. މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމާ ބެހޭގޮތުން މި ގާނޫނުގެ ދަށުން ޒިންމާ އުފުލަންޖެހޭ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދިނުން؛ 
  2. މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމާގުޅޭ ޒިންމާ އުފުލަންޖެހޭ ފަރާތްތަކަށް މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމާ ބެހޭގޮތުން ތައުލީމާ އެ ތަމްރީނު ދިނުމަށް ކުކުރަންޖެހޭ ކަންކަން ކުރުން؛ 
  3. މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކަށް ހޭލުންތެރި ކުރުމަށް ބޭނުންވާ ފަންނީ މައުލޫމާތު ފޯރުކޮށްދިނުން؛ 
  4. މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މި ގާނޫނުގެ ދަށުން ހުއްދަ ދޫކުރާ ފަރާތްތަކުގެ މައުލޫމާތު ދަފްތަރުކޮށް، ކަމާބެހޭ މައުލޫމާތު އާންމުކުރުން؛
  5. މި ގާނޫނު ތަންފީޒުކުރެވެމުންދާ މިންވަރާ ގުޅޭގޮތުން ދިރާސާކޮށް ރިޕޯޓުތައް އެކުލަވާލައި ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން؛
  6. މި ގާނޫނު ތަންފީޒުކުރުމަށްޓަކައި އަމަލުކުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ހިމެނޭ ގަވާއިދުތައް، މިނިސްޓަރުގ ލަފާގެ މަތިން އެކުލަވާލުން.

 

24 ވަނަ މާއްދާ - ލޯކަލް ކައުންސިލުތަކުގެ މަސްއޫލިއްޔަތުތައް

މި ގާނޫނު ތަންފީޒުކުރުމުގައި ލޯކަލް ކައުންސިލުތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.  

(ހ) މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މި ގާނޫނުގެ ދަށުން މިނިސްޓަރު ކަނޑައަޅާ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ކަމާގުޅޭ ގަވާއިދުތަކާއި އުސޫލުތައް ރަށު އަދި ސިޓީ ފެންވަރުގައި ތަންފީޒުކުރުން؛  

(ށ) މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަންކަށަވަރުކުރުމުގެ ގޮތުން އެކިފަރާތްތަކާ ހަވާލުކުރ ވަޒީފާ ޒިންމާތަކާއި، މަސައްކަތުގެ މާހައުލުގައި އަޅަންޖެހޭ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި މަސައްކަތާ ގުޅުންހުރި ބަލިތަކާ ގުޅޭގޮތުން ހޭލުންތެރި ކަންއިތުރުކުރުމުގެ މަސައްކަތްތައް ރަށު އަދި ސިޓީ ފެންވަރުގައި އޮތޯރިޓީގެ ލަފާގެ މަތިން ކުރިއަށްގެންދިއުން؛

(ނ) މި ގާނޫނު ތަންފީޒުކުރުމަށްޓަކައި ޑިރެކްޓަރ ޖެނެރަލް ނުވަތަ އޮތޯރިޓީން ކުކުރަންޖެހޭ ކަންކަމުގެ ތެރެއިން ރަށު އަދި ސިޓީ ފެންވަރުގައި ކުރުމަށްޑިރެކްޓަރ ޖެނެރަލް ކަނޑައަޅާ ކަންކަން ކުރުން؛

(ރ) އެކިއެކި ތަފާސްހިސާބު އެއްކުރުމުގެ ބޭނުމަށާއ މި ގާނޫނު ތަންފީޒުކުރުމަށްޓަކައި ޑިރެކްޓަރ ޖެނެރަލަށް ނުވަތަ އޮތޯރިޓީއަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުން.

 

 

ހަތަރުވަނަ ބާބު

މަސައްކަތުގެ މާހައުލާ ގުޅުންހުރި ފަރާތްތަކުގެ އާންމު ޒިންމާތައް

 

25 ވަނަ މާއްދާ - ހައިސިއްޔަތާ ގުޅިފައިވާ ޒިންމާ

(ހ) އަންނަނިވި ފަރާތްތަކުގެެ ތެރެއިން ފަރާތަކަށް، އަންނަނިވި ހައިސިއްޔަތުތަކުގެ ތެރެއިން ދެ ހައިސިއްޔަތު ނުވަތަ އެއަށްވުރެ ގިނެ ހައިސިއްޔަތު އެއްވަގުތެއްގައި ލިބިގެންވާކަމުގައި މި ގާނޫނު ގަބޫލުކުރެއެވެ.  

  1. ވަޒީފާދޭ ފަރާތްތައް؛  
  2. އަމިއްލަ މަސައްކަތްކުރާ ފަރާތްތައް؛ 
  3. މަސައްކަތްކުރާ ތަންތަން ހިންގާ ފަރާތްތައް؛ 
  4. މަސައްކަތްކުރުމަށް ބޭނުންވާ މެށިނަރީ ނުވަތަ އާލާތްތައް ނުވަތަ އެނޫންވެސް އެފަދަ ތަކެތި ޑިޒައިންކުރާ ނުވަތަ އުފައްދާ ނުވަތަ ސަޕްލައިކުރާ ފަރާތްތައް؛  
  5. މަސައްކަތުގައި ބޭނުންކުރާ މެށިނަރީއާއި އެހެނިހެން ތަކެތި ބަލަހައްޓައިދޭ ހަރުކޮށްދޭ ނުވަތަ އެ ތަކެއްޗަށް ބަދަލުގެންނަ ފަރާތްތައް.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތްތަކުގެ މައްޗަށް، އެ އަކުރުގައި ބަޔާންކުރާ ތަފާތު ހައިސިއްޔަތުތަކަށް ބިނާކޮށް މި ގާނޫނުގެ ދަށުން ކަނޑައެޅިފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް މަތިކުރެވިގެންވެއެވެ.   

(ނ) މި ގާނޫނުގެ ދަށުން އެއްވެސް ފަރާތެއްގެ މައްޗަށް ކަނޑައެޅޭ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އެއްވަގުތެއްގައި އިތުރު އެހެން ފަރާތެއްގެ މައްޗަށް، އެއް ހައިސިއްޔަތުން ނުވަތަ އެއަށްވުރެ ގިނަހައިސިއްޔަތުން ހިނގާ ހާލަތެއްގައިވެސް، އެއިން ފަރާތަކުން އުފުލަންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުން އެފަރާތަކަށް ލުޔެއް ލިބިފައިިވާކަމުގައެއް ނުވަތަ އެ ޒިންމާތަކާއި މަސްއޫލިއްޔަތުން އެއިން އެއްވެސް ފަރާތް ބަރީއަވީކަމުގައެއް ނުބެލެވޭނެއެވެ.

 

26 ވަނަ މާއްދާ - ވަޒީފާދޭ ފަރާތުގެ އާންމު ޒިންމާ

ވަޒީފާދޭ ފަރާތުގެ އާންމު މަސްއޫލިއްޔަތުތަކުގެ ތިރީގައި އަންނަނިވި ކަންކަން ހިމެނޭނެއެވެ.  

(ހ) މަސައްކަތުގެ މާހައުލުގައި، މަސައްކަތްކުރާ މުވައްޒަފުންގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަން އެންމެ އެކަށީގެންވާ މިންވަރަށް ކަށަވަރުކޮށްދިނުން؛

(ށ) މަސައްކަތްކުރާ ތަނުގައި ކުރާ އެއްވެސް ކަމަކާ ގުޅިގެން އެއްވެސް އަސަރެއްކޮށްފާނެ، ވަޒީފާދޭ ފަރާތުގެ މުވައްޒަފުން ނޫން އެހެން ފަރާތްތަކެއްވާނަމަ، އެފަރާތްތަކުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަން އެންމެ އެކަށީގެންވާ މިންވަރަށް ކަށަވަރުކޮށްދިނުން.

 

27 ވަނަ މާއްދާ - މަސައްކަތްކުރާ މުވައްޒަފުންގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް

(ހ) މި ގާނޫނުގެ 26 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، މަސައްކަތްކުރާ މުވައްޒަފުންގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަން އެންމެ އެކަށީގެންވާ މިންވަރަށް ކަށަވަރުކޮށްދިނުމުގެ ގޮތުން ވަޒީފާދޭ ފަރާތުން އަޅަންޖެހޭ ފިޔަވަޅުތަކުގެ ތިރީގައި އަންނަނިވި ފިޔަވަޅުތައް ހިމެނޭނެއެވެ.  

  1. މަސައްކަތްކުރާ ފަރާތްތަކުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމަށްޓަކައިި ބޭނުންކުކުރަންޖެހޭ ސަލާމަތީ ވަސީލަތްތަކާއި ހެދުމާއި އެނޫންވެސް ތަކެތި ހިމެނޭގޮތުން، މަސައްކަތްކުރުމަށް ބޭނުންވާނެ އެކަށީގެންވާ ވަސީލަތްތަކާއި އިންތިޒާމުތައް، މަސައްކަތްކުރާ ތަނުގައި ފޯރުކޮށްދީ އެކަންކަން ދެމެހެއްޓުން؛  
  2. މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މަސައްކަތްކުރުމަށް ބޭނުންވާނެ އެކަށީގެންވާ އިރުށާދާއި، މައުލޫމާތާއި، ތަމްރީނު އަދި ސުޕަރވިޒަން ގަވާއިދުން ފޯރުކޮށްދެވޭކަން ކަށަވަރުކުރުން؛  
  3. މަސައްކަތްކުރާ ތަނުގައި ކަނޑައަޅަންޖެހޭ ހެލްތު އެންޑް ސޭފްޓީ ޕޮލިސީ ކަނޑައަޅައިި، އެ ޕޮލިސީ ތަންފީޒުކުރުމާއި، ގަވާއިދުން މުރާޖައާކުރުމާއި، އެ ޕޮލިސީއަށް ގެނެވޭ ބަދަލުތައް މަސައްކަތްކުރާ މުވައްޒަފުންގެ ސަމާލުކަމަށް ގެނައުން، 
  4. މަސައްކަތްކުރާ ފަރާތްތަކުން ބޭނުންކުރާ މެށިނަރީއާއި، އިކުއިޕްމަންޓާއ، ޕްލާންޓުތަކާއި، އެހެނިހެން އާލާތްތަކާ ގުޅޭގޮތުން އަދި އެތަކެތި ބޭނުންކޮށްގެން މަސައްކަތްކުރާ ގޮތާ ގުޅޭގޮތުން އެކަށީގެންވާ ސަލާމަތީ ފިޔަވަޅުތައް އެޅިފައިވާކަން ކަށަވަރުކުރުމާއިެކު، އެތަކެއްޗާގުޅޭ ސަލާމަތީ ފިޔަވަޅުތަކުގެ މައުލޫމާތު މަސައްކަތްކުރާ ފަރާތްތަކަށް ގަވާއިދުން ފޯރުކޮށްދިނުން؛
  5. މަސައްކަތުގައި ބޭނުންކުރާ އެއްވެސް އެއްޗެއް ބަދަލުކުރުމުގެ ސަބަބުން ނުވަތަ އަލުން ތަރުތީބުކުރުމުގެ ސަބަބުން ނުވަތަ އުކާލުމުގ ސަބަބުން ނުވަތަ ޕްރޮސެސްކުރުމުގެ ސަބަބުން ނުވަތަ ގުދަންކުރުމުގެ ސަބަބުން ނުވަތަ އެއްތަނުން އަނެއްތަނަށް ގެންދިއުމުގެ ސަބަބުން، ނުވަތަ އެފަދަ އެއްޗެއް މަސައްކަތުގައި ބޭނުންކުރުމުގެ ސަބަބުން، މަސައްކަތްކުރާ ތަނުގައި އަދި މަސައްކަތްކުރާ ތަނުގެ ކައިރީގައި އަދި ވަޒީފާދޭ ފަރާތުގެ ކޮންޓްރޯލްގެ ދަށުގައިވާ ތަންތަނުގައި، މަސައްކަތްކުރާ ފަރާތްތަކަށް އެއްވެސް ބާވަތެއްގެ ނުރައްކާތެރި މާއްދާއެއްގެ އަސަރު ނުކުރާކަން ކަށަވަރުކުރުން؛
  6. މަސައްކަތްކުރާ ފަރާތްތަކުން މަސައްކަތްކުރަމުންދާ ވަގުތު ކުރިމަތިވެދާނެ ކުއްލި ހާދިސާތަކާ ގުޅިގެން އަމަލުކުރާނެެ އުސޫލުތައް މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަނޑައަޅައި ތަންފީޒުކުރުން.

(ށ) މި މާއްދާގައި ބަޔާންކުރާ ވަކިވަކި ޒިންމާތަކުގެ ތެރެއިން ޒިންމާއަކާ ކަނޑައެޅިގެން ހިލާފުވެއްޖެ ފަރާތެއްގެ އަދަބަކީ، އެ ޒިންމާތަކާ ގުޅޭގޮތުން މި ގާނޫނުގެ ކަމާބެހޭ މާއްދާތަކުގައި ކަނޑައަޅާފައިވާ އަދަދަކުންޖޫރިމަނާކުރުމެވެ. ނުވަތަ މި ގާނޫނުގެ 67 ވަނަ މާއްދާ ހިނގާ ހާލަތުގައި އެ މާއްދާގައި ވާގޮތުގެ މަތިން ޖޫރިމަނާކުރުމެވެ.

 

28 ވަނަ މާއްދާ - ހެލްތު އެންޑް ސޭފްޓީ ޕޮލިސީ އެކުލަވާލާުން

(ހ) މަސައްކަތްކުރާ ތަނުގެ އަދި މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމާގުޅޭ އިންތިޒާމުތައް ހަމަޖެހިފައިިވާ ގޮތް ބަޔާންކުރާ "ހެލްތުއެންޑް ސޭފްޓީ ޕޮލިސީ" އެއް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ވާ ގޮތުގެ މަތިން މަސައްކަތްކުރާ ތަން ހިންގާ ފަރާތުން ކަނޑައަޅައިި،މަސައްކަތްކުރާ ފަރާތްތަކަށް އަންގަންވާނެއެވެ. އަދި އެ ޕޮލިސީތަންފީޒުކުރެވޭނޭ ގޮތާޢި، އެ ޕޮލިސީއަށް ގެނެވޭ ބަދަލުތައް، މަސައްކަތްކުރާ ފަރާތްތަކަށް ގަވާއިދުން އަންގަންވާނެއެވެ.  

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހެލްތު އެންޑް ސޭފްޓީ ޕޮލިސީ ކަނޑައެޅުމަށް ލާޒިމުވާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އަދަދަކަށްވުރެ ގިނައަދަދެއްގެ  މުވައްޒަފުން މަސައްކަތްކުރާ ތަންތަނުގައެވެ.  

(ނ) މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅަންޖެހޭ ޕޮލިސީ އެކުލަވާލުމުގައާއ އެ ޕޮލިސީ މުރާޖައާކުރުމުގައި އަމަލުކުކުރަންޖެހޭ އުސޫލުތަކާއި، އެ ޕޮލިސީ ތަންފީޒުކުރުމާ ގުޅޭގޮތުންނާއި އެ ޕޮލިސީގައި އެކުލެވޭ ކަންކަން މަސައްކަތްކުރާ ފަރާތްތަކަށް އެންގުމާ ގުޅޭގޮތުން އަމަލުކުކުރަންޖެހޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

29 ވަނަ މާއްދާ - ހެލްތު އެންޑް ސޭފްޓީ އޮފިސަރުން އައްޔަންކުރުން

(ހ) މަސައްކަތްކުރާ ތަނުގެ އަދި މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މަސައްކަތްކުރާ ކޮންމެ ތަނެއްގައި ހެލްތު އެންޑް ސޭފްޓީ އޮފިސަރެއް އައްޔަންކޮށްފައި ހުންނަންވާނެއެވެ.  

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހެލްތު އެންޑް ސޭފްޓީ އޮފިސަރެއްގެ ގޮތުގައި އައްޔަންކުރެވޭނޭީ މި ގާނޫނުގެ 38 ވަނަ މާއްދާގެ ދަށުން ހުއްދަ ދީފައިވާ ފަރާތެކެވެ.  

(ނ) އަންނަނިވި ކަންކަން ހިމެނޭގޮތުން، މި މާއްދާގެ (ހ) ގައި ބަޔާންކުރާއޮފިސަރުންނާގުޅޭ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

  1. ހެލްތު އެންޑް ސޭފްޓީ އޮފިސަރުން އައްޔަންކުރާނެ ގޮތުގެ އުސޫލުތައް؛  
  2. ހެލްތު އެންޑް ސޭފްޓީ އޮފިސަރުންގ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކާއި ބާރުތައް؛ އަދި 
  3. ހެލްތު އެންޑް ސޭފްޓީ އޮފިސަރުން ފުރިހަމަކުކުރަންޖެހޭ ތަމްރީނުތައް.

(ރ) މި މާއްދާގެ (ހ) ގައ އެފަދައިން ބަޔާންކޮށްފައި ވީނަމަވެސް، ހެލްތު އެންޑް ސޭފްޓީ އޮފިސަރުން އައްޔަންކުރަން ލާޒިމުވާނީ ވަޒީފާދޭ ފަރާތުގެ ވަޒީފާގައި މަދުވެގެން 75 (ހަތްދިހަ ފަހެއް) މުވައްޒަފުން މަސައްކަތްކުރާ ތަންތަނުގައެވެ.  

 

30 ވަނަ މާއްދާ - މަސައްކަތްކުރާ ތަން ހިންގާ ފަރާތުގެ ޒިންމާ

(ހ) މަސައްކަތްކުރާ ތަނަކީ އަދި އެތަނުގައި ބޭނުންކުރަމުންދާ އެންމެހައި ތަކެއްޗަކީ، އެތަނުގައި މަސައްކަތްކުރާ މުވައްޒަފުން ނުވަތަ އެނޫންވެސް އެތަނުގައިވާ ކޮންމެ މީހެއްގެ ސިއްހަތަށް ގެއްލުންދެނިވި ކަންކަމުންރައްކާތެރިކުރުރ ވަޒީފާ ތަންތަނާއެތަކެތި ކަމުގައި ހިދުމަށްޓަކައިި އެކަށީގެންވާ ފިޔަވަޅުތައް އެޅުމުގެ ގޮތުން، ތިރީގައި ބަޔާންކޮށްފައިިވާ ތަންތަން ނުވަތަ ތަކެތި ރައްކާތެރިކުރުރުމަކީ މަސައްކަތްކުރާ ތަން ހިންގާފަރާތުގެ ޒިންމާއެކެވެ.  

  1. މަސައްކަތްކުރާ ތަން؛  
  2. މަސައްކަތްކުރާ ތަނަށް ވަދެނިކުތުމަށް ބޭނުންކުރާ ހުރިހާ ތަންތަނާއެތަކެތި؛ އަދި 
  3. މަސައްކަތްކުރާ ތަނުގައި ބޭނުންކުރާ މެށިނަރީއާއި، އިކުއިޕްމަންޓާއ، ޕްލާންޓާއ، އާލާތްތައް ނުވަތަ އެތަނުގައި ބެހެއްޓިފައިވާ ނުރައްކާތެރި މާއްދާތައް.

(ށ) މަސައްކަތްކުރާ ތަނުގައި ނުރައްކާތެރި ހާދިސާއެއް ނުވަތަ އެކްސިޑެންޓެއް ހިނގައިފި ނަމަ އެ ކަމުގެ މައުލޫމާތު، މި ގާނޫނުގައިވާ ގޮތުގެ މަތިންޑިރެކްޓަރ ޖެނެރަލަށް ރިޕޯޓުކުރުމަކީ މަސައްކަތްކުރާ ތަން ހިންގާފަރާތުގެ ޒިންމާއެކެވެ.  

(ނ) މި މާއްދާގައި ބަޔާންކުރާ ވަކިވަކި ޒިންމާތަކުގެ ތެރެއިން ޒިންމާއަކާ ކަނޑައެޅިގެން ހިލާފުވެއްޖެ ފަރާތެއްގެ އަދަބަކީ، 5,000 (ފަސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.

 

31 ވަނަ މާއްދާ - މަސައްކަތްކުރާ ފަރާތްތަކުގެ ޒިންމާ

(ހ) ކޮންމެ މަސައްކަތްކުރާ ފަރާތަކުން އަންނަނިވި ޒިންމާތައްއަދާކުރަންވާނެއެވެ.  

  1. މުވައްޒަފުންގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމާއި އެފަރާތްތަކުގެ މަންފާއަށްޓަކައި މަސައްކަތްކުރާ ތަނުގައި ބޭނުންކުރާ ސާމާނާއި، ހެދުން އަދި އެނޫންވެސް ސަލާމަތީ ވަސީލަތްތައް މި ގާނޫނުގައި ބަޔާންކޮށްފައިިވާ ށަރުތުތަކާއެއްގޮތްވާ ގޮތުގެ މަތިން ބޭނުންކުރުން؛
  2. ވަޒީފާދޭ ފަރާތާއެ މަސައްކަތްކުރާ ތަން ހިންގާ ފަރާތުގެ މައްޗަށް މި ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް އެފަރާތަށް އެއްބާރުލުންދީގެން މަސައްކަތްކުރުން؛  
  3. މަސައްކަތްކުރާ ތަނުގައި އެއްވެސް މީހެއްގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތިވެދާނެ ހާލަތައް އޮތްކަމުގައި ފާހަގަކުރެވިއްޖެ ނަމަ، އެކަމެއް ވަޒީފާދޭ ފަރާތަށް ނުވަތަ ސުޕަވައިޒަރަކަށް ވީއެންމެ އަވަހަކަށް ރިޕޯޓުކުރުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޒިންމާއާ ހިލާފުވެއްޖެ ފަރާތެއްގެ އަދަބަކީ، 1,000 (އެއްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުންޖޫރިމަނާކުރުމެވެ.

(ނ) އެއްވެސް މުވައްޒަފަކު ގަސްދުގައި ނުވަތަ އިހުމާލުގެ އަމަލެއްގެ ސަބަބުންވިޔަސް، ތިމާގެ އަމިއްލަ ނުވަތަ އެހެން އެއްވެސް ފަރާތެއްގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތި ކުރުވާފަދަ އެއްވެސް ކަމެއް މަސައްކަތުގެ މާހައުލުގައި ކޮށްގެންނުވާނެއެވެ.  

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ޒިންމާއާ ހިލާފުވެއްޖެ ފަރާތެއްގެ އަދަބަކީ، 25,000 (ފަންސަވީސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫންއަދަދަކުން ޖޫރިމަނާކުރުމެވެ.

 

32 ވަނަ މާއްދާ - އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެ ޒިންމާ

(ހ) އަމިއްލަ މަސައްކަތްކުރާ ފަރާތަކުން މުވައްޒަފުން ގެންގުޅޭ ހާލަތުގައި،އެ ހާލަތަކަށް އެކަށޭނަ މިންވަރަކަށް، ވަޒީފާދޭ ފަރާތުގެ ޒިންމާތައްކަމުގައި މި ގާނޫނުގެ ދަށުން ބަޔާންކޮށްފައިިވާ ޒިންމާތައް، އަމިއްލަ މަސައްކަތްކުރާ ކޮންމެ ފަރާތެއްގެ މައްޗަށްވެސް ހިނގާނެއެވެ.  

(ށ) އަންނަނިވި ކަންކަން ކުރުމަކީ އަމިއްލަ މަސައްކަތްކުރާ ކޮންމެ ފަރާތެއްގެ ވެސް ޒިންމާއެކެވެ.  

  1. އ މީހެއްގެ މަސައްކަތުގެ ސަބަބުން މަސައްކަތްކުރާ ތަނުގެ ތިރީގައި އެހެން މީހެއްގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތި ނުވާނ ގޮތަށް އެކަށީގެންވާ ފިޔަވަޅުތައް،މަސައްކަތްކުރާ ތަނުގައި އެޅުން؛  
  2. އަމިއްލަ މަސައްކަތްކުރާ ފަރާތުގެ މުވައްޒަފުން ފިޔަވައި އެހެންފަރާތްތައް މަސައްކަތްކުރާ ތަނުގައި އުޅޭ ވަގުތުގައި، އެތަނުގައި ކުރަމުންދާ މަސައްކަތުގެ ނުވަތަ އެތަނުގައި ބޭނުންކުރަމުންދާތަކެތީގެ ސަބަބުން އެފަރާތްތަކުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމަށް ހުރި ނުރައްކަލުގެ މައުލޫމާތު އެފަރާތްތަކަށްދިނުމަށް ކަނޑައަޅާފައިވާ ހާލަތުގައި، އެ މައުލޫމާތު ފޯރުކޮށްދިނުން.

(ނ) މި މާއްދާގައި ބަޔާންކުރާ ޒިންމާއާ ހިލާފުވެއްޖެ ފަރާތެއްގެ އަދަބަކީ، 1,000 (އެއްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.

 

33 ވަނަ މާއްދާ - މަސައްކަތުގައި ބޭނުންކުރާ މެށިނަރީ، އިކުއިޕްމަންޓް، ނުވަތަ ނުރައްކާތެރި މާއްދާ އުފައްދާ ނުވަތަ ސަޕްލައިކުރާ ފަރާތްތަކުގެ ޒިންމާ

(ހ) މަސައްކަތުގައި ބޭނުންކުރުމަށް މެށިނަރީއާއި، އިކުއިޕްމަންޓާއ،ނުރައްކާތެރި މާއްދާ އުފައްދާ ނުވަތަ ސަޕްލައިކުރާ ފަރާތްތަކުންމި މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން އަންނަނިވި ކަންކަންފުރިހަމަކުރަންވާނެއެވެ.  

  1. މެށިނަރީ، އިކުއިޕްމަންޓް ނުވަތަ ނުރައްކާތެރި މާއްދާ ސަޕްލައިކުރެވޭ ހުރިހާ ފަރާތްތަކަށްވެސް، އެތަކެތި ރައްކާތެރިކަމާއެކު ބޭނުންކުރުމާގުޅޭ އަންނަނިވި މައުލޫމާތު ފޯރުކޮށްދިނުން.
    1. އެތަކެތި ބޭނުންކުރުމާއި ބެލެހެއްޓުމުގައި ރައްކާތެރި ވާންޖެހޭނަމަ އެފަދަ މައުލޫމާތު؛
    2. އެތަކެތީގެ ސަބަބުން ސިއްހަތަށް ނުރައްކަލެއް ކުރިމަތި ވުމުގެ ފުރުސަތު އޮތްނަމަ، އެ ކަމުގެ މައުލޫމާތު؛ 
      އަދި
    3. އެފަދަ ތަކެތި ރައްކާތެރިކަމާއެކު ބޭނުންކުރުމާ ގުޅޭގޮތުން މި އަކުރުގެ (3) ވަނަ ނަންބަރުގ ދަށުން ހެދޭ ޓެސްޓުތަކާއި ތަހްލީލުތައް، އަދި އެ ޓެސްޓުތަކާއި ތަހްލީލުތަކުގެ ނަތީޖާއާ ބެހޭ މައުލޫމާތު،
  2. މެށިނަރީ، އިކުއިޕްމަންޓް، ނުވަތަ ނުރައްކާތެރި މާއްދާ އެކަށީގެންވާ ގޮތުގައި ބޭނުންކުރުމުން އެއްވެސް މީހެއްގެ ސިއްހަތަށް ނުވަތަ ސަލާމަތަށް ނުރައްކަލެއް ކުރިމަތި ނުވާނ ކަން ކަށަވަރުކުރުން؛
  3. މެށިނަރީ، އިކުއިޕްމަންޓް، ނުވަތަ ނުރައްކާތެރި މާއްދާތަކުން އެއްވެސް މީހެއްގެ ސިއްހަތަށް ނުވަތަ ސަލާމަތަށްނުރައްކަލެއް ކުރިމަތި ނުވާކަން ކަށަވަރު ކުރުމަށްޓަކައި،އެތަކެތި ގަވާއިދުން ތަހްލީލުކޮށް ޓެސްޓުކުރުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ތަކެއްޗާ ގުޅޭގޮތުން އެ އަކުރުގައި ބަޔާންކޮށްފައިިވާ ޒިންމާތައް އެތަކެތި އުފައްދާ ނުވަތަ ސަޕްލައިކުރާ ފަރާތްތަކުން އުފުލަންޖެހޭނީ، އެފަރާތްތަކަކީ ފައިދާއެއް ހާސިލުކުރުމުގެ ބޭނުމުގައ ނުވަތަ އެނޫން ބޭނުމެއްގައި ވިޔަސް، ގަނެވިއްކުމުގެ ވިޔަފާރިއެއް ކުރުމުގެ ގޮތުން ނުވަތަ އެނޫންވެސް ވިޔަފާރިއެއް ކުރުމުގެ ގޮތުން ނުވަތަ ވަކި ފަންނެއްގެ މަސައްކަތެއް ކުރުމުގެ ގޮތުން ނުވަތަ ވަކި މަސްއޫލިއްޔަތެއް އަދާކުރުމުގެ ގޮތުން އެކަން ކުރާ ފަރާތްތަކެއް ކަމުގައި ވާނަމައެވެ.  

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ތަކެތި އުފައްދަނީ ނުވަތަ ސަޕްލައިކުރާނީ ހަމައެކަނި މަސައްކަތްކުރުމުގައި ބޭނުންކުރުމަށް ކަމުގައި ވީނަމަވެސް ނުވަތަ އެނޫންވެސް ބޭނުމަކަށް ކަމުގައި ވީނަމަވެސް، އެތަކެއްޗާ ގުޅޭގޮތުން އެ އަކުރުގައި ބަޔާންކޮށްފައިިވާ ޒިންމާތައް، އެތަކެތި އުފައްދާ ނުވަތަ ސަޕްލައިކުރާ ފަރާތްތަކުން އުފުލުން ލާޒިމުވާނެއެވެ.  

(ރ) މި މާއްދާގެ ދަށުން މެށިނަރީއާއި އިކުއިޕްމަންޓާއ ނުރައްކާތެރި މާއްދާތައް ސަޕްލައިކުރާ ފަރާތްތައް އެކަން ކުރަނީ، އެފަދަ ތަކެތި ވިއްކައިގެން ނުވަތަ ބަދަލުކޮށްގެން ނުވަތަ ކުރު ނުވަތަ ދިގު މުއްދަތަކަށް އެތަކެތި ކުއްޔަށްދީގެން ކަމުގައި ވީނަމަވެސް، އެތަކެއްޗާ ގުޅޭގޮތުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިިވާ ޒިންމާތައްސަޕްލައިކުރާ ފަރާތްތަކުން އުފުލުން ލާޒިމުވާނެއެވެ. އަދި، ސަޕްލައިކުރާ ފަރާތްތައް ތަކެތި ސަޕްލައިކުރާނީ އެތަކެތީގެ ވެރިފަރާތުގެ  ހައިސިއްޔަތުން ނުވަތަ އެޖެންޓެއް ހައިސިއްޔަތުން ކަމުގައި ވިޔަސް ނުވަތަ ދެވަމަ ފަރާތަކަށް ތަކެތި ސަޕްލައިކުރާނީ ތިންވަނަ އެހެން ފަރާތަކަށް ސަޕްލައިކުރާުމަށް ކަމުގައި ވިޔަސް، އެ ޒިންމާތައް އުފުލުން ލާޒިމުވާނެއެވެ.  

(ބ) މެށިނަރީއާއި އިކުއިޕްމަންޓާއި ނުރައްކާތެރި މާއްދާތައް ހޯދަން އެދޭ ތިންވަނަ ފަރާތަކަށް އެތަކެތި ހޯދައިދިނުމަށްޓަކައި އެފަރާތަކާއެކު ކުރާ ފައިނޭންސްކުރުމުގެ މުއާމަލާތެއްގެ ތެރެއިން، ހަޔަރ-ޕާރޗޭސް އެގްރީމަންޓެއްގެ ދަށުން ނުވަތަ ކޮންޑ ށަނަލް ސޭލްސް އެގްރީމަންޓެއްގެ  ދަށުން ނުވަތަ ކްރެޑިޓް-ސޭލް އެގްރީމަންޓެއްގެ ދަށުން އެހެން ފަރާތެއްގެ އަތުން އެ ތިންވަނަ ފަރާތަށް ތަކެތި ސަޕްލައ ކޮށްދޭ ހާލަތުގައި، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޒިންމާތައް، ތަކެތި ސަޕްލައިކުރާ ފަރާތުގެ މައްޗަކަށް ނުހިނގާނެއެވެ.  

 

34 ވަނަ މާއްދާ - މެށިނަރީ ނުވަތަ އިކުއިޕްމަންޓް ހަރުކޮށް، ރާވައ ނުވަތަ ބަދަލުގެންނަ ފަރާތްތަކާއި އެތަކެތި އެފަރާތެއްގެ ކޮންޓްރޯލްގެ ދަށުގައިވާ ފަރާތްތަކުގެ ޒިންމާ

(ހ) މަސައްކަތުގައި ބޭނުންކުރާ މެށިނަރީ ނުވަތަ އިކުއިޕްމަންޓް ހަރުކޮށްފައިވާނީ ނުވަތަ ރާވާފައިވާނީ ނުވަތަ އެ ތަކެއްޗަށް ބަދަލުގެނެސްފައިވާނީ އެތަކެތި ބޭނުންކުކުރަންޖެހޭ ގޮތަށް ބޭނުންކޮށްފިނަމަ ސަލާމަތްތެރި އަދި ސިއްހަތަށް ރައްކާތެރި ގޮތުގައެކަން ކަށަވަރުކުރުމަކީ، މެށިނަރީ ނުވަތަ އިކުއިޕްމަންޓް ހަރުކޮށް، ރާވައި، އެ ތަކެއްޗަށް ބަދަލުގެންނަ ނުވަތަ މަސައްކަތްކުރުމުގައި އެތަކެތި އެފަރާތެއްގެ ބެލުމުގެ ދަށުގައިވާ ކޮންމެ ފަރާތެއްގެ ޒިންމާއެކެވެ.  

(ށ) މި މާއްދާގެ (ހ) ގައ ކަނޑައަޅާފައިވާ ޒިންމާތައް މެށިނަރީ ނުވަތަ އިކުއިޕްމަންޓް ހަރުކޮށް، ރާވައި، ނުވަތަ އެ ތަކެއްޗަށް ބަދަލުގެންނަފަރާތްތަކުގެ މައްޗަށް ހިނގާނީ، އެފަރާތްތަކުން އެކަންކަން ކުރަނީވިޔަފާރިއެއް ކުރުމުގެ ގޮތުން ނުވަތަ އާމްދަނީ ހޯދަން ކުރާ މަސައްކަތެއްގެ ގޮތުން ނުވަތަ ވަކި މަސްއޫލިއްޔަތެއް އަދާކުރުމުގެ ގޮތުންކަމުގައި ވާނަމައެވެ.  

(ނ) އަންނަނިވި ކަންކަން ފުރިހަމަކުރުމުން، މެށިނަރީ ނުވަތަ އިކުއިޕްމަންޓް ހަރުކޮށް، ރާވައި، ނުވަތަ އެ ތަކެއްޗަށް ބަދަލުގެންނަ ފަރާތްތަކުން މި މާއްދާގެ (ހ) ގެ ދަށުން އުފުލަންޖެހޭ ޒިންމާ އަދާކުރެވުނީކަމުގައި ބެލެވޭނެއެވެ.  

  1. މެށިނަރީ ނުވަތަ އިކުއިޕްމަންޓް ރާވާފައިވާނީ ނުވަތަ ހަރުކޮށްފައިވާނީ ނުވަތަ ބަދަލުގެނެސްފައިވާނީ އެތަކެތި ޑިޒައިންކުރ ފަރާތުން ނުވަތަ އުފައްދާ ފަރާތުން ނުވަތަ ސަޕްލައިކުރާ ފަރާތުން އެތަކެތި ރޭވުމަށް ނުވަތަ ހަރުކުރުމަށްނުވަތަ ބަދަލުގެނައުމަށް ދީފައިވާ މައުލޫމާތާއ އިރުށާދާ އެއްގޮތަށްކަން އެކަށީގެންވާ މިންވަރަކަށް ކަށަވަރުކޮށްފައިވުން،
    އަދި
  2. މެށިނަރީ ނުވަތަ އިކުއިޕްމަންޓް ރޭވުމަށް ނުވަތަ ހަރުކުރުމަށް ނުވަތަ ބަދަލުގެނައުމަށް އެ އެއްޗެއްގެ ޑިޒައިނަރު ނުވަތަ އުފައްދާ ފަރާތުން ނުވަތަ ސަޕްލައިކުރާ ފަރާތުން ދީފައިވާ މައުލޫމާތުގ މައްޗަށް ބަރޯސާވުމަކީ ސަބަބުވެރި ކަމެއްކަމުގައިވުން.

(ރ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، މަސައްކަތުގެ މާހައުލުގައި މެކޭނިކަލް ޕަވަރ ބޭނުންކޮށްގެން އެއްތަނުން އަނެއްތަނަށްގެންދަންޖެހޭ މެށިނަރީ ބޭނުންކުރާނަމަ، އަންނަނިވި ކަންކަން ކަށަވަރުކުރުމަކީ އެ މެށިނަރީގެ ވެރިފަރާތުގެ ޒިންމާއެކެވެ.  

  1. އެކަށީގެންވާ މިންވަރަކަށް މެށިނަރީ ރައްކާތެރި ގޮތުގައި ބެލެހެއްޓުން؛ އަދި 
  2. މެށިނަރީ ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމަށްޓަކައިި ފިޔަވަޅުތައް އަޅަންޖެހޭނަމަ މެށިނަރީ ބޭނުންކުރާ ކޮންމެ ފަރާތަކަށް އެ މައުލޫމާތު ލިބިފައިިވާކަން ކަށަވަރުކުރުން.

(ބ) މެކޭނިކަލް ޕަވަރ ބޭނުންކޮށްގެން އެއްތަނުން އަނެއްތަނަށް ގެންދަންޖެހޭ މެށިނަރީގ ވެރިފަރާތުން އެ މެށިނަރީ ކުރު ނުވަތަ ދިގު މުއްދަތަކަށްކުއްޔަށްދިނުމަށް އެހެން ފަރާތަކާއެކު އެއްބަސްވިަޒީފާނަމަ، މި މާއްދާގެ (ރ) ގައި ބަޔާންކުރާ ޒިންމާ އުފުލަންޖެހޭނީ ވެރިފަރާތުގެ ބަދަލުގައ މެށިނަރީ ކުއްޔަށްހިފާ ފަރާތުންނެވެ.  

(ޅ) މެކޭނިކަލް ޕަވަރ ބޭނުންކޮށްގެން އެއްތަނުން އަނެއްތަނަށް ގެންދަންޖެހޭ މެށިނަރީގ ވެރިފަރާތުން އެ މެށިނަރީ ބެލެހެއްޓުމަށް އެހެންފަރާތަކާއެކު އެއްބަސްވިަޒީފާނަމަ، މި މާއްދާގެ (ރ) ގެ (1) ވަނަނަންބަރުގައި ވާ ޒިންމާ އުފުލަންޖެހޭނީ ވެރިފަރާތާއި، ކުއްޔަށްހިފާ ފަރާތުގެ ބަދަލުގައެ މެށިނަރީ ބެލެހެއްޓުމަށް އެއްބަސްވި ފަރާތަކުންނެވެ.  

(ކ) މި މާއްދާގެ (ހ)، (ށ) އަދި (ނ) ގައި ބަޔާންކުރާ އުސޫލުތައް ހިނގާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ މެށިނަރީއާއި އިކުއިޕްމަންޓްގ މައްޗަށެވެ.  

 

35 ވަނަ މާއްދާ - ވަޒީފާދޭ ފަރާތުގެ އެހެނިހެން ޒިންމާ

(ހ) މި ގާނޫނުގެ ދަށުން މުވައްޒަފުންގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމާއި އެހެނިހެން މަންފާތައް ކަށަވަރުކުރުމުގެ ގޮތުން އަދާކުކުރަންޖެހޭ އެއްވެސް ޒިންމާއަކާ ގުޅިގެން ވަޒީފާދޭ ފަރާތުން އަންނަނިވި ކަންކަން ކޮށްގެންނުވާނެއެވެ.  

  1. ވަޒީފާދޭ ފަރާތުން މުވައްޒަފަކަށް ނުވަތަ ކޮންޓްރެކްޓަރަކަށް ދިނުމަށް އެއްބަސްވިަޒީފާ ޖުމްލަ އަގުން ބައެއް އުނިކުރުން ނުވަތަ އުނިކުރުމަށް ހުއްދަ ދިނުން، ނުވަތަ
  2. ވަޒީފާދޭ ފަރާތުން އަމިއްލައަށް ނުވަތަ އެފަރާތުގެ އެޖެންޓެއް މެދުވެރި ކޮށްވިޔަސް އެއްވެސް މުވައްޒަފެއްގ ފަރާތުން އެއްވެސް ފައިސާއެއް ލިބިގަތުން.

(ށ) ވަޒީފާދޭ ފަރާތުގެ މުވައްޒަފަކު އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއްކުރުމުގެ ސަބަބުން ވަޒީފާދޭ ފަރާތުން އެ މުވައްޒަފަކު ވަޒީފާއިން ވަކި ކޮށްގެން ނުވާނެއެވެ. ނުވަތަ ވަޒީފާއިން ވަކިކުރާނެެ ކަމުގެ ބިރުދައްކައިގެން ނުވާނެއެވެ.  

  1. ވަޒީފާދޭ ފަރާތުން މި ގާނޫނާ ހިލާފުވަޒީފާކަމުގެ ނުވަތަ ހިލާފުވެދާނެ ކަމުގެ މައުލޫމާތު، ހެލްތު އެންޑް ސޭފްޓީ އިންސްޕެކްޓަރުންނަށް ނުވަތަ މަސައްކަތުގެ މާހައުލާގުޅޭ ކަންކަން ބަލައި ތަހްގީގުކުރުމަށް މި ގާނޫނުން ނުވަތަ އެހެންގާނޫނަކުން ހުއްދަ ލިބިފައިިވާ ފަރާތްތަކަށް ދިނުން ނުވަތަ އެފަދަ މައުލޫމާތު ދޭނ ކަމަށް ބުނުން؛
  2. މުވައްޒަފުގ ސަލާމަތާއި ސިއްހަތަށް ނުރައްކާވެދާނެ ކަމަކާ ގުޅިގެން ހެލްތު އެންޑް ސޭފްޓީ އިންސްޕެކްޓަރުންނަށް ނުވަތަ މަސައްކަތުގެ މާހައުލާގުޅޭ ކަންކަން ބަލައި ތަހްގީގުކުރުމަށް މި ގާނޫނުން ނުވަތަ އެހެން ގާނޫނަކުން ހުއްދަ ދީފައިވާފަރާތްތަކަށް ރިޕޯޓުކުރުން ނުވަތަ ރިޕޯޓުކުރުމަށް ހުށަހެޅުން ނުވަތަ އެފަދަ ފަރާތެއްގެ އެހީ އެ ކަމުގައި ހޯދުން؛
  3. މި ގާނޫނުގެ 50 ވަނަ މާއްދާގެ ދަށުން އަންގާފައިވާ އެންގުމަކާ އެއްގޮތަށް އަމަލުކުރުން ނުވަތަ މި ގާނޫނާއިި އްގޮތަށް އަމަލުކުރުން ނުވަތަ އަމަލުކުރަން އުޅުން.

(ނ) މި މާއްދާގެ (ހ) އަދި (ށ) އާ ހިލާފަށް އަމަލުކުރާ ފަރާތެއްގެ އަދަބަކީ، ކަމުގެ ކުޑަބޮޑު މިނަށް ބަލައި 10,000 (ދިހަހާސް) ރުފިޔާއާއި 25,000 (ފަންސަވީސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

 

36 ވަނަ މާއްދާ - މަސައްކަތްކުރާ ތަންތަނުގެ އާންމު ސަރަހައްދުތައް ބޭނުންކުރާ ފަރާތްތަކުގެ ޒިންމާ

(ހ) އިމާރާތެއްގައި، މަސައްކަތްކުރާ އެއްތަނަށްވުރެެގިނަތަން އެކުލެވޭނަމަ، އެތަނެއްގައި މަސައްކަތްކުރާ ފަރާތްތަކުން މަސައްކަތުގައި ނުވަތަ ވަދެނިކުތުމުގައ ބޭނުންކުރާ އެތަނެއްގެ އާންމު ސަރަހައްދަކީ،މި ގާނޫނުގެ ބޭނުމަށްޓަކައި މަސައްކަތްކުރާ ތަނެއްކަމުގައި ބެލޭނެއެވެ.  އަދި އަންނަނިވި ތަކެއްޗާއި ތަންތަނާ ގުޅޭގޮތުން މި ގާނޫނުގައިވާ ގޮތުގެ މަތިން އަމަލުކުރުމަކީ، އާންމު ސަރަހައްދު ބޭނުންކުރާ ފަރާތުގެ ޒިންމާއެކެވެ.  

  1. އާންމު ސަރަހައްދުގައ ބެހެއްޓިފައިވާ ކަރަންޓު އިންޖީނާއި މޯޓަރުތައް؛ 
  2. އާންމު ސަރަހައްދުގައ ބެހެއްޓިފައިވާ ހޮއިސްޓާއި، ލިފްޓާއި، ތަކެތި އުފުލާ އާލާތާއި މެށިނަރީ؛
  3. އާންމު ސަރަހައްދަށް ވަދެނިކުމެވާން އޮންނަ މަގު؛ އަދި
  4. ތަނުގެ ވެރިފަރާތުން ނުވަތަ އާންމު ސަރަހައްދު ބޭނުންކުރާފަރާތުން އެސަރަހަހައްދަށް ސަޕްލައ ކޮށްފައިވާ ނުވަތައެސަރަހަހައްދުގައި ބަހައްޓާފައިވާ މެށިނަރީ ނުވަތަ ޕްލާންޓް.

(ށ) އާންމު ސަރަހައްދު ބޭނުންކުރާ ފަރާތްކަމަށް ބުނެފައި އެވަނީީ،އެތަނެއްގެ ކޮންޓްރޯލް އެ އިރެއްގައި އޮންނަ ފަރާތަށެވެ.

 

 

ފަސްވަނަ ބާބު

ހުއްދަ ދިނުން

 

37 ވަނަ މާއްދާ - ޑިރެކްޓަރ ޖެނެރަލްގެ ހުއްދަ ހޯދަންޖެހޭ މަސައްކަތްތައް

އަންނަނިވި މަސައްކަތްތައް ކުރާ ފަރާތްތަކުން އެ މަސައްކަތްތައް ކުރަންވާނީ، މި ބާބުގެ ދަށުން ޑިރެކްޓަރ ޖެނެރަލް ދޫކުރާ ހުއްދަ ހޯދުމަށްފަހުގައެވެ.  

(ހ) ހެލްތު އެންޑް ސޭފްޓީ އޮފިސަރުން؛

(ށ) އެކްރެޑިޓްކުރ ވަޒީފާ ތަމްރީނުދޭ ފަރާތްތައް؛

(ނ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ މެށިނަރީ މަސައްކަތްކުރާ ގޮތް ބެލުމަށް ނުވަތަ ޓެސްޓުކުރުމަށް ހުއްދަ ދީފައިވާ އެގްޒަމިނަރުން.

 

38 ވަނަ މާއްދާ - ހުއްދަ ދިނުން

(ހ) މި ގާނޫނުގެ 37 ވަނަ މާއްދާގައި ބަޔާންކޮށްފައިިވާ ފަރާތްތަކުން ޑިރެކްޓަރ ޖަނަރަލްގ ހުއްދަ ހޯދުމަށް އެދި ހުށަހަޅާނީ މި ގާނޫނުގެ ދަށުން ހަދާގަވާއިދުގައި ވާ ގޮތުގެ މަތިން އޮތޯރިޓީއަށެވެ.  

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުށަހެޅުުމަކާއެކު މި ގާނޫނުގެ ދަށުންހަދާ ގަވާއިދުގައި ބަޔާންކުރާ މައުލޫމާތާއެތަކެތި ހިމަނައި، އެކަމަށް ކަނޑައެޅިފައިވާ ފީ ދައްކަންވާނެއެވެ.  

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިިވާ ފަދަ ހުށަހެޅުމެއް ލިބުމުން، އެ ހުށަހެޅުުމަކާ ގުޅިގެން އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް ނިންމުމުގެ އިހްތިޔާރު ޑިރެކްޓަރ ޖެނެރަލަށް ލިބިގެންވާނެއެވެ.  

  1. ށަރުތުތަކަކާއެކު ނުވަތަ އެއްވެސް ށަރުތަކާ ނުލައި ހުއްދަދިނުން، ނުވަތަ 
  2. ހުއްދަ ނުދިނުން،

(ރ) މި މާއްދާގެ ދަށުން ހުށަހެޅޭ ހުށަހެޅުުމަކާ ގުޅިގެން އަންނަނިވި ކަންކަންފުރިހަމަވަޒީފާކަން ޑިރެކްޓަރ ޖެނެރަލަށް ގަބޫލުކުރެވިގެން މެނުވީ މި ގާނޫނުގެ 37 ވަނަ މާއްދާގައި ބަޔާންކޮށްފައިިވާ ފަރާތަކަށް ހުއްދަދޫކޮށްގެން ނުވާނެއެވެ.  

  1. ހުށަހެޅުން ހުށަހެޅި ފަރާތަކީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިިވާ ށަރުތުތައް ފުރިހަމަވާ އަދި މަސައްކަތުގެ އަމަލީ ތަޖުރިބާ ލިބިފައިިވާ ފަރާތް ކަމުގައިވުން؛ 
  2. އެފަރާތަކީ، ހުއްދަ ދޫކޮށްފައިވާ ފަރާތަކުން ކުކުރަންޖެހޭ މަސައްކަތާއެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރެވޭނޭ ގާބިލުކަންހުރި ފަރާތް ކަމުގައިވުން.

(ބ) މި މާއްދާގެ (ނ) ގެ ދަށުން ޑިރެކްޓަރ ޖެނެރަލް ކަނޑައަޅާ ށަރުތުތަކަށް، މި މާއްދާގެ ދަށުން ހަދާ ގަވާއިދުގައި ވާ ގޮތުގެ މަތިން އުނިއިތުރު ގެ ނައުމުގ އިހްތިޔާރު ޑިރެކްޓަރ ޖެނެރަލަށް ލިބިގެންވާނެއެވެ.  

(ޅ) މި މާއްދާގެ ދަށުން ހުއްދައެއް ދޭން ޑިރެކްޓަރ ޖެނެރަލް ނިންމަައިނަމަ،މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެ މަތިން ޑިރެކްޓަރ ޖަނަރަލް ކަނޑައަޅާ ށަރުތުތަކާއެކު، ކަނޑައެޅިފައިވާ ވަކި މުއްދަތަކަށްއެފަރާތަކީ ހުއްދަ ދޫކޮށްފައިވާ ފަރާތްކަން އަންގައެދޭ ސެޓްފިކެޓެއް ޑިރެކްޓަރ ޖެނެރަލް ދޫކުރަންވާނެއެވެ.  

(ކ) މި މާއްދާގެ ދަށުން ހުއްދަ ދޫކުރުމާގުޅޭ އިރާރީ އިންތިޒާމުތައް ހަމަޖައްސާނީ އޮތޯރިޓީންނެވެ.  

 

39 ވަނަ މާއްދާ - ހުއްދަ ދޫކުރެވޭ މުއްދަތު

(ހ) މި ގާނޫނުގެ 40 ވަނަ މާއްދާގައި ބަޔާންކޮށްފައިިވާ ހާލަތްތަކުގައި މެނުވީ، މި ގާނޫނުގެ 37 ވަނަ މާއްދާގައި ބަޔާންކޮށްފައިިވާ ފަރާތްތަކަށް މި ގާނޫނުގެ 38 ވަނަ މާއްދާގެ ދަށުން ޑިރެކްޓަރ ޖެނެރަލް ދޫކޮށްފައިވާ ހުއްދަތައް އެ ހުއްދައެއްގައ ކަނޑައަޅާފައިވާ މުއްދަތަށް ސައްހަވާނެއެވެ.  

(ށ) މި ގާނޫނުގެ 38 ވަނަ މާއްދާގެ ދަށުން ޑިރެކްޓަރ ޖެނެރަލް ދޫކުރާ ހުއްދައާކުރުމާގުޅޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

40 ވަނަ މާއްދާ - ވަގުތީގޮތުން ހުއްދަ ހިފެހެއްޓުމާއި ބާތިލުކުރުން

(ހ) އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް، މި ގާނޫނުގެ 38 ވަނަ މާއްދާގެ ދަށުން ހުއްދަ ދޫކޮށްފައިވާ ފަރާތަކުން ކޮށްފައިވާކަން ޑިރެކްޓަރ ޖަނަރަލަށް ގަބޫލުކުރެވޭ ހާލަތްތަކުގައި އެފަރާތަކަށް ދޫކޮށްފައިވާ ހުއްދަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ވާ ގޮތުގެ މަތިން ވަގުތީގޮތުންހިފެހެއްޓުމުގ ނުވަތަ ބާތިލުކުރުމުގެ އިހްތިޔާރު ޑިރެކްޓަރ ޖެނެރަލަށްލިބިގެންވާނެއެވެ.  

  1. ހުއްދަ ހޯދާފައިވާނީ މަކަރާއެހީލަތުން ނުވަތަ އޮޅުވާލައިގެން ކަމަށްވުން؛ 
  2. ހުއްދައިގައިި ބަޔާންކޮށްފައިިވާ މާއްދާއަކާ ނުވަތަ ކަނޑައަޅާފައިވާ ށަރުތަކާ ހިލާފުވުން؛ ނުވަތަ 
  3. ހުއްދަ ދޫކުރުމަށް ފުރިހަމަވާންޖެހޭ ށަރުތެއް އުނިވުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުއްދައެއް ބާތިލުކުރުމުގެ ކުރިން ޑިރެކްޓަރ ޖަނަރަލް އަންނަނިވި ކަންކަން ކުރަންވާނެއެވެ.  

  1. ހުއްދަ ބާތިލުކުރަން ގަސްދުކޮށްފައިވާ ކަމުގެ ނޯޓިސް، އެ ހުއްދަ ބާތިލުކުރަން ގަސްދުކޮށްފައިވާ ތާރީހާއިެކު، ހުއްދަ ދޫކޮށްފައިވާ ފަރާތަށް ފޮނުވުން؛ 
  2. މި އަކުރުގެ (1) ވަނަ ނަންބަރުގައި ވާ ނޯޓިސް ފޮނުވާ ތާރީހާއި ހުއްދަ ބާތިލުކުރުމަށް ގަސްދުކޮށްފައިވާ ތާރީހާ ދެމެދު 21 (އެކާވީސް) ދުވަހަށްވުރެ ކުރުނޫން މުއްދަތައް ދިނުން، 
  3. ހުއްދަ ބާތިލުކުރުމަށް ޑިރެކްޓަރ ޖެނެރަލް ގަސްދުކޮށްފައިވާ ނިންމުން ދަމަހައްޓަން ނުޖެހޭކަމަށް ހުއްދަ ދޫކޮށްފައިވާ ފަރާތަށް ފެންނަ ސަބަބުތައް، ނޯޓިހުގައި ދީފައިވާ މުއްދަތުގެ ތެރޭގައި ހުށަހެޅުުމުގ ފުރުސަތު ދިނުން.

(ނ) އަންނަނިވި ހާލަތްތަކުންކުރ ހާލަތައް މެދުވެރިވެއްޖެ ނަމަ މި މާއްދާގެ (ށ) ގެ ދަށުން ނޯޓިސް ދީފައިވާ ފަރާތްތަކުގެ ހުއްދަ ބާތިލުކުރެވޭނޭ ތާރީހު ބަޔާންކޮށް ޑިރެކްޓަރ ޖެނެރަލް އެފަރާތްތަކަށް ލިޔުމުންއަންގަންވާނެއެވެ.  

  1. ނޯޓިހުގައި ދީފައިވާ މުއްދަތުގައި ނުވަތަ ޑިރެކްޓަރ ޖެނެރަލް އިތުރުކޮށްދީފައިވާ މުއްދަތުގައެ ހުއްދަ ބާތިލު ނުކުރަންވީ ސަބަބުއެފަރާތުން ބަޔާންކޮށްދީފައ ނުވުން؛ ނުވަތަ 
  2. އެ މުއްދަތުގައި، ހުއްދަ ބާތިލު ނުކުރަންވީ އެކަށީގެންވާ ސަބަބެއް ދައްކާފައި ނުވުން. 

(ރ) މި މާއްދާގެ ދަށުން އެއްވެސް ފަރާތެއްގެ ހުއްދަ ބާތިލުކުރެވިއްޖެ ނަމަ، އެފަރާތަކަށް ދޫކޮށްފައިވާ ހުއްދައިގެ ސެޓްފިކެޓް ބާތިލުކުރަންވާނެއެވެ.

(ބ) މި މާއްދާގެ ދަށުން ހުއްދައެއް ބާތިލުކޮށްފި ނަމަ، އެ ހުއްދަ ބާތިލުކުރ ކުރުމާމެދު އިއުތިރާޒުކުރަން އެދޭ ފަރާތަކަށް އެ ހުއްދަ ބާތިލުކުރިކަމުގެ ނޯޓިސް ދެވޭތާ 14 (14) ދުވަހުގެ ތެރޭގައި، އެކަން ލިޔުމުންމިނިސްޓަރަށް ހުށަހެޅި ދާނެއެވެ.  

(ޅ) މި މާއްދާގެ (ބ) ގެ ދަށުން މިނިސްޓަރަށް ހުށަހަޅާ ހުށަހެޅުންތައްހުޅަހަޅާނ ގޮތާޢި، އެ ހުށަހެޅުންތައް ބަލައި ނިންމުމުގައި އަމަލުކުރާނެެ އިޖުރާއަތުތަކާއިި އެކަން ކުރާނެ މުއްދަތު، މި ގާނޫނުގެ ދަށުން ހަދާގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ކ) މި މާއްދާގެ (ބ) ގެ ދަށުން ހުށަހަޅާ ހުށަހެޅުުމަކާ ގުޅިގެން މިނިސްޓަރުނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުމެވެ.

(އ) މި މާއްދާގެ ދަށުން ހުއްދައެއް ހ ފަހައްޓާފައިވާަނ ކޮށް ނުވަތަ ބާތިލުކޮށްފައިވާަނ ކޮށް މަސައްކަތްކޮށްފި ފަރާތެއްގެ އަދަބަކީ، ކަމުގެ ކުޑަބޮޑު މިނަށް ބަލައި، 5,000 (ފަސްހާސް) ރުފިޔާއާއި 50,000 (ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

 

41 ވަނަ މާއްދާ - ހުއްދައިގެ ސެޓްފިކެޓް އަނބުރާ ރައްދުކުރުން 

(ހ) މި ގާނޫނުގެ 38 ވަނަ މާއްދާގެ ދަށުން ހުއްދަ ދޫކޮށްފައިވާ ފަރާތަކަށް ދޫކޮށްފައިވާ ހުއްދައިގެ ސެޓްފިކެޓެއް މި ގާނޫނުގެ 40 ވަނަ މާއްދާގެ (ހ) ގެ ދަށުން ޑިރެކްޓަރ ޖެނެރަލް ބާތިލުކުރާ ތާރީހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި، އެފަރާތަކަށް ދޫކޮށްފައިވާ ހުއްދައިގެ ސެޓްފިކެޓް އެފަރާތުން އޮތޯރިޓީއަށް ރައްދުކުރަންވާނެއެވެ.  

(ށ) މި މާއްދާއާ ހިލާފުވާ ފަރާތެއްގެ އަދަބަކީ 5,000 (ފަސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.

 

42 ވަނަ މާއްދާ - ހުއްދަ ދީފައިވާ ފަރާތްކަން ދެއްކުން

(ހ) މި ގާނޫނުގެ 38 ވަނަ މާއްދާގެ ދަށުން ހުއްދަ ލިބިފައި ނުވާ ހާލަތުގައި، އެއްވެސް ފަރާތަކުން އެފަރާތަކީ ޑިރެކްޓަރ ޖެނެރަލް ހުއްދަ ދޫކޮށްފައިވާ ފަރާތްކަމަށް ސީދާގޮތުންވިޔަސް ނުވަތަ ނުސީދާގޮތުންވިޔަސް ދެއްކުމަކީ މަނާކަމެކެވެ.  

(ށ) މި މާއްދާއާ ހިލާފުވާ ފަރާތެއްގެ އަދަބަކީ 100,000 (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.  

 

 

ހަވަނަ ބާބު

އެކްސިޑެންޓް ރިޕޯޓުކުރުމާއި ތަހްގީގުކުރުން

 

43 ވަނަ މާއްދާ - އެކްސިޑެންޓް އަދި ނުރައްކާތެރި ހާދިސާ ނުވަތަ ބަލި ރިޕޯޓުކުރުން

(ހ) މަސައްކަތްކުރާ ތަނުގައި ހިނގާ އެކްސިޑެންޓް ނުވަތަ ނުރައްކާތެރި ހާދިސާ ނުވަތަ މަސައްކަތާ ގުޅުންހުރި ބައްޔަކާގުޅޭ މައުލޫމާތު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ވާ ގޮތުގެ މަތިން ޑިރެކްޓަރ ޖަނަރަލަށް ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކަށް ރިޕޯޓުކުރުމަކީމަސައްކަތްކުރާ ތަން ހިންގާ ފަރާތުގެ މައްޗަށް ލާޒިމުކަމެކެވެ.  

(ށ) މި މާއްދާގެ ދަށުން ރިޕޯޓުކުކުރަންޖެހޭ އެކްސިޑެންޓް ނުވަތަ ނުރައްކާތެރި ހާދިސާ ނުވަތަ މަސައްކަތާ ގުޅުންހުރި ބަލިތައް، އަދި އެފަދަ ކަންކަންރިޕޯޓުކުރުމާގުޅޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައ ވާ ގޮތުގެ މަތިން ރިޕޯޓުކުރުމުގެ ޒިންމާ މަތިކޮށްފައިވާ ފަރާތަކުން އެކަން ރިޕޯޓުނުކޮށްފި ނަމަ، އެފަރާތެއްގެ އަދަބަކީ 5,000 (ފަސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.

 

44 ވަނަ މާއްދާ - އެކްސިޑެންޓް ނުވަތަ ނުރައްކާތެރި ހާދިސާ ނުވަތަ ބަލި ތަހްގީގުކުރުން

(ހ) މަސައްކަތްކުރާ ތަނުގައި އެކްސިޑެންޓެއް ނުވަތަ ނުރައްކާތެރި ހާދިސާއެއް  ހިނގައިފިކަން ނުވަތަ މަސައްކަތާ ގުޅުންހުރި ބައްޔައް މަސައްކަތްކުރާ ފަރާތަކަށް ޖެހިއްޖެކަން ނުވަތަ މަސައްކަތްކުރާ ތަނެއްގައި އެފަދަ ބައްޔައް ފެތުރޭކަން ޑިރެކްޓަރ ޖެނެރަލްގެ ސަމާލުކަމަށް އަތުވެއްޖެ ނަމަ، އ އެކްސިޑެންޓެއް ނުވަތަ ނުރައްކާތެރި ހާދިސާއެއް މެދުވެރިވާން ދިމާވި ހާލަތްތައް، ނުވަތަ މަސައްކަތާ ގުޅުންހުރި ބައްޔެއް ޖެހުން ނުވަތަ ފެތުރެން ދިމާވި ހާލަތްތައް ބަލައި ތަހްގީގުކުރުމަށް ހެލްތު އެންޑް ސޭފްޓީއިންސްޕެކްޓަރުންނަށް އަންގަންވާނެއެވެ.  

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޑިރެކްޓަރ ޖެނެރަލް އަންގާ އެންގުމަކާ އެއްގޮތަށް ހިންގަންޖެހޭ ތަހްގީގުތައް ހިންގުމުގައި އަމަލުކުރާނެެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ޑިރެކްޓަރ ޖެނެރަލް އަންގާ އެންގުމަކާ އެއްގޮތަށް ތަހްގީގު ހިންގުމަށްފަހު، އެ ތަހްގީގުގެ ނަތީޖާ ބަޔާންކުރާ ރިޕޯޓެއް އެކުލަވާލައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ މުއްދަތެއްގެ ތިރީގައި އެ ރިޕޯޓު ޑިރެކްޓަރ ޖެނެރަލަށް ފޮނުވަންވާނެއެވެ.  

(ރ) މި މާއްދާގެ (ނ) ގެ ދަށުން ތައްޔާރުކުރާ ރިޕޯޓުގައ ހިމަނަންޖެހޭ ތަފްސީލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ރިޕޯޓުގ ކޮޕީއެއް ހޯދުމަށް ކަމާބެހޭ ފަރާތަކުން އެދެފިނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ މުއްދަތެއްގެ ތިރީގައި އެ ރިޕޯޓުގެ ކޮޕީއެއް އެފަރާތަކަށް ދޭންވާނެއެވެ.  

 

45 ވަނަ މާއްދާ - ތަހްގީގާގުޅޭ ރިޕޯޓު އާންމުކުރުން

(ހ) މި ގާނޫނުގެ 44 ވަނަ މާއްދާގެ ދަށުން ތަހްގީގުކުރެވޭ އެކްސިޑެންޓެއް ނުވަތަ ނުރައްކާތެރި ހާދިސާއެއް ނުވަތަ މަސައްކަތާ ގުޅުންހުރި ބައްޔަކާބެހޭ ރިޕޯޓެއް އާންމުކުރުމަކީ އެ ކަމުގައި އާންމު މަސްލަހަތު އޮތް ކަމެއްކަމަށް ޑިރެކްޓަރ ޖެނެރަލަށް ފެނިއްޖެ ހިނދެއްގައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ވާ ގޮތުގެ މަތިން އެ ރިޕޯޓެއް އާންމުކުރެވިދާނެއެވެ.  

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިިވާ ރިޕޯޓު އާންމުކުރުމުގެ މަގްސަދަކަށްވާނީ، އެކްސިޑެންޓެއް ނުވަތަ ނުރައްކާތެރި ހާދިސާއެއް ނުވަތަ މަސައްކަތާ ގުޅުންހުރި ބައްޔައް ދެވަމަ ފަހަރަށް ތަކުރާރުވުން ހުއްޓުވުން ނުވަތަ މަދުކުރުމެވެ.  

 

46 ވަނަ މާއްދާ - އެކްސިޑެންޓް ހިނގާ ތަން ނުވަތަ ސަރަހައްދަށް ބަދަލުގެނައުން

(ހ) އެއްވެސް ފަރާތަކުން، ޑިރެކްޓަރ ޖެނެރަލްގެ ހުއްދަނެތި އަންނަނިވި ކަންކަން ކޮށްގެންނުވާނެއެވެ.  

  1. މީހަކު މަރުވުމަށް މެދުވެރިވި އެކްސިޑެންޓެއް ނުވަތަ ނުރައްކާތެރި ހާދިސާއަކާ ގުޅުންހުރި ނުވަތަ މަސައްކަތާ ގުޅުންހުރި ބައްޔައް ޖެހުމާ ނުވަތަ ފެތުރުމާ ގުޅުންހުރި މެށިނަރީއެއް ނުވަތަ އިކުއިޕްމަންޓެއް ނުވަތަ ޕްލާންޓެއް ނުވަތަ އެއްޗެއް ބަދަލުކުރުން ނުވަތަ އެފަދަ އެއްޗަކަށް ބަދަލުގެނައުން ނުވަތަ އުނިއިތުރު ގެނައުން، ނުވަތަ
  2. ނުރައްކާތެރި އެކްސިޑެންޓް މެދުވެރިވި ތަނަށް ނުވަތަނުރައްކާތެރި ހާދިސާ ނުވަތަ މަސައްކަތާ ގުޅުންހުރި ބަލި ފެތުރުމަށް މެދުވެރިވި ތަނަށް ބަދަލުގެނައުން.

(ށ) އެކްސިޑެންޓެއް ނުވަތަ ނުރައްކާތެރި ހާދިސާއެއް ހިނގައިފި ނަމަ ނުވަތަ މަސައްކަތާ ގުޅުންހުރި ބައްޔެއް ޖެހުމުގެ ނުވަތަ ފެތުރުމުގެ ހާދިސާއެއް ހިނގައިފި ނަމަ، އެއްވެސް ފަރާތަކުން އަންނަނިވި ކަންކަން ކުރުންހުއްޓުވުމަށް، މަސައްކަތްކުރާ ތަން ހިންގާ ފަރާތުން ވީވަރަކުން މަސައްކަތްކުރަންވާނެއެވެ.  

  1. މީހަކު މަރުވުމަށް މެދުވެރިވި އެކްސިޑެންޓެއް ނުވަތަ ނުރައްކާތެރި ހާދިސާއަކާ ގުޅުންހުރި ނުވަތަ މަސައްކަތާ ގުޅުންހުރި ބައްޔެއް ޖެހުމާ ނުވަތަ ފެތުރުމާ ގުޅުންހުރި މެށިނަރީއަކަށް ނުވަތަ އިކުއިޕްމަންޓަކަށް ނުވަތަ ޕްލާންޓަކަށް ނުވަތަ އެނޫންވެސް އެފަދަ އެއްޗަކަށް ބަދަލުގެނެސް، އެ އެއްޗެއް އެހެން އެއްޗަކަށް ބަދަލުކޮށް، އެއަށް އުނިއިތުރު ގެނައުން، ނުވަތަ 
  2. ނުރައްކާތެރި އެކްސިޑެންޓް ދިމާވި ތަނަށް ނުވަތަ ނުރައްކާތެރި ހާދިސާ ނުވަތަ މަސައްކަތުގެ މާހައުލާ ގުޅުންހުރި ބަލިޖެހުމަށް ނުވަތަ ފެތުރުމަށް މެދުވެރިވި ތަނަށް ބަދަލުގެނައުން.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިިވާ ފަދަ ބަދަލެއް ނުވަތަ އުނިއިތުރެއް ގެނެސްފައިވާނަމަ ނުވަތަ އެއްޗެއް އެހެން އެއްޗަކަށް ބަދަލުކޮށްފައިވާނަމަ، އެހެން ގޮތަކަށް ސާބިތުނުވާހާ ހިނދަކު،އެ ބަދަލެއް ގެނެސްފައިވާނީ ނުވަތަ އުނިއިތުރެއް ގެނެސްފައިވާނީ ނުވަތަ އެއްޗެއް އެހެން އެއްޗަކަށް ބަދަލުކޮށްފައިވާނީ މަސައްކަތްކުރާ ތަން ހިންގާފަރާތުންކަމުގައި ބެލެވޭނެއެވެ.  

(ރ) މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިިވާ ކަންކަމުގެ ސަބަބުން،މީހުން ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތަށް ނުވަތަ ނަފްސު ނުވަތަ މުދަލުގ އާންމު ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތަށް އެއްވެސް ފަރާތަކުން ހުރަސްއަޅައިގެން ނުވާނެއެވެ.  

(ބ) މި މާއްދާގައި ބަޔާންކޮށްފައިިވާ ކަންކަމާ ހިލާފަށް އެއްވެސް ފަރާތަކުން އަމަލުކޮށްފިނަމަ، އެފަރާތެއްގެ އަދަބަކީ 100,000 (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.  

 

 

ހަތްވަނަ ބާބު

ގާނޫނު ތަންފީޒުކުރާ ފަރާތްތަކުގެ ޒިންމާތަކާއި ބާރުތައް

 

47 ވަނަ މާއްދާ - ހެލްތު އެންޑް ސޭފްޓީ އިންސްޕެކްޓަރުން

(ހ) މި ގާނޫނުގައި ބަޔާންކޮށްފައިިވާ ގޮތުގެ މަތިން މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަން ގާއިމުކުރި ވަޒީފާކަން ބަލައި ކަށަވަރުކުރުމުގެ ގޮތުން ކުކުރަންޖެހޭ ކަންކަން ކުރާނީ، އެކަމަށްޓަކައި އައްޔަންކުރެވޭ، އޮތޯރިޓީގެ ހެލްތު އެންޑް ސޭފްޓީ އިންސްޕެކްޓަރުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އިންސްޕެކްޓަރުންނަކީ އޮތޯރިޓީގެ އިންސްޕެކްޓަރުންކަން އަންގައިދޭ ކާޑެއް، އޮތޯރިޓީން ދޫކުރަންވާނެއެވެ.  (ނ) އޮތޯރިޓީގެ ހެލްތު އެންޑް ސޭފްޓީ އިންސްޕެކްޓަރުން މި ގާނޫނުތަންފީޒުކުރުމުގެ ގޮތުން މަސައްކަތްކުރުމުގައި، މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކާޑު ބޭނުންކުރަންވާނެއެވެ.  

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އިންސްޕެކްޓަރުން އައްޔަންކުރުމާގުޅޭ އުސޫލުތަކާއި، އިންސްޕެކްޓަރުންކަން އަންގައެދޭ ކާޑު ދޫކުރުމާގުޅޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

48 ވަނަ މާއްދާ - އިންސްޕެކްޓަރުންނަށް ލިބިގެންވާ ބާރުތައް

(ހ) ބަލައި ފާސްކުރުމުގެ ތިރީގައި އަންނަނިވި ކަންކަން ކުރުމުގެ ބާރު އިންސްޕެކްޓަރުންނަށް ލިބިގެންވާނެއެވެ.  

  1. ކޮންމެ މަސައްކަތްކުރާ ތަނަކަށް ނުވަތަ އެފަދަ ތަނެއްގ ބައ އްކަމަށް ގަބޫލުކުރެވޭ ތަނަކަށް އެކަށީގެންވާ ވަގުތެއްގައ ވަދެ ބަލައި ފާސްކުރުން؛ 
  2. މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިިވާ ތަންތަނުގައި ހުރ މެށިނަރީއާއި، އިކުއިޕްމަންޓާއ، ޕްލާންޓާއ، އެހެނިހެންތަކެތި ބަލައި ފާސްކުރުން؛  
  3. މަސައްކަތްކުރާ ތަންތަނުގައި ބަލަހައްޓާ އަދި މި ގާނޫނުގެ ދަށުން ބަލަހައްޓަންޖެހޭ މަސައްކަތްކުރާ ތަންތަނުގެ ރިކޯޑުތަކާއި، ސެޓްފިކެޓްތަކާއިި، ނޯޓިސްތަކާއި އެހެނިހެން ލިޔެކިޔުންތައް ހުށަހެޅުުމަށް އަންގައ، އެފަދަ ލިޔެކިޔުންތައް ބަލައި ފާސްކޮށް،ކޮޕީނެގުން؛ 
  4. މަސައްކަތްކުރާ ތަނާ ގުޅޭގޮތުން ނުވަތަ މަސައްކަތްކުރާ ފަރާތްތަކާ ގުޅޭގޮތުން މި ގާނޫނުގައި ބަޔާންކޮށްފައިިވާ އެންމެހައި ކަންކަން ކުރަމުންދާކަން ކަށަވަރުކުރުމަށްޓަކައި ބަލައި ތަހްގީގުކުރުން؛ 
  5. މަސައްކަތްކުރާ ތަނުން އިންސްޕެކްޓަރުން ސުވާލުކުރާ ފަރާތްތަކުން، ވަޒީފާދޭ ފަރާތުގެ ނުވަތަ މަސައްކަތްކުރާ ތަން ހިންގާ ފަރާތުގެ މައުލޫމާތުއެފަރާތްތަކަށް އެނގޭ މިންވަރަކަށް ދިނުމަށް އެންގުން؛ 
  6. ތަހްލީލުކުރުމުގެ ބޭނުމުގައެ މަސައްކަތްކުރާ ތަނުން ނުވަތަ މަސައްކަތުގެ މާހައުލުން ބޭރުކުރާ ތަކެތީގެ ސާމްޕަލް ނެގުން؛  
  7. މަސައްކަތުގެ މާހައުލުގައި އަޑު ހުރި މިންވަރާއި އަލިކަން ހުރި މިންވަރާއި ފިނި ހޫނުމިނާއ ނުރައްކާތެރި މާއްދާ ހުރ މިންވަރުބެލުމާއި އަދި މަސައްކަތްކުރަމުންދާ ފަރާތްތައް އެފަދަ ނުރައްކާތެރި މާއްދާއަށް ނުވަތަ ތަކެއްޗަށް ހުށަހެޅާ ފައިވާ މިންވަރު ދެނެގަތުން؛ 
  8. މަސައްކަތްކުރާ ތަނުގެ ހާލަތު ދެނެގަތުމަށާއ އެތަނުގައި ބޭނުންކުރެވޭ ޕްރޮސެސްތަކުގެ ސަބަބުން މަސައްކަތްކުރާ ފަރާތްތަކާއި އެނޫންވެސް ފަރާތްތަކުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތި ވޭތޯ ބެލުމަށްޓަކައި ބޭނުންވާ ފޮޓޯ އަދި ވީޑިއޯ ނެގުން؛  
  9. މަސައްކަތްކުރާ ތަނުގައި މަސައްކަތްކުރާ ފަރާތްތަކުގެެ ތެރެއިން މަސައްކަތުގެ މާހައުލުގައި ހިނގާފައިވާ އެކްސިޑެންޓެއްގ ސަބަބުން އަނިޔާ ލިބޭ މީހުންގ މައުލޫމާތު، ނުވަތަ މަސައްކަތުގެ މާހައުލާ ގުޅުންހުރި އަދި މަސައްކަތުގެ މާހައުލުގެ ސަބަބުން ޖެހުނު ބައްޔައްކަމަށް ލަފާކުރެވޭ ބައްޔަކަށް ސިއްހީ ހިދުމަތްދޭމަރުކަޒެއްގައި ފަރުވާދެމުންގެންދާ ފަރާތްތަކުގެ މައުލޫމާތާއ މެޑިކަލް ރިކޯޑު ފޯރުކޮށްދިނުމަށް ސިއްހީ ހިދުމަތްދޭ މަރުކަޒުތަކަށް އެންގުން؛ 
  10. މި ގާނޫނުގެ ދަށުން ކުރެވޭ ތަހްގީގަކަށް ބޭނުންވާ އެއްވެސް އެއްޗެއް ހުށަހެޅުުމަށް އެންގުން އަދި ބޭނުންވެއްޖެ ހިނދެއްގައި އެ އެއްޗެއް އިންސްޕެކްޓަރުގ ބެލުމުގެ ދަށަށް ގެންދިއުން؛ އަދި
  11. މަސައްކަތްކުރާ ތަނުން ދިމާވާ ފަރާތަކީ ކާކުކަން އަންގައެދޭ ހެއްކެއް ނުވަތަ ލިޔުމެއް ދެއްކުމަށް އެންގުން.

(ށ) މި ގާނޫނުގެ ދަށުން އިންސްޕެކްޓަރުންނަށް ލިބިފައިިވާ ބާރުގެ ދަށުންމަސައްކަތްކުރާ ތަނަށް ވަދެނިކުތުމުގައ ނުވަތަ ބަލައި ފާސްކުރުމުގައި ނުވަތަ ތަހްގީގުކުރުމުގައި ނުވަތަ ސާމްޕަލް ނެގުމުގައ އަދި އެ މަސައްކަތްކުރާ ތަނާގުޅޭ އެހެނިހެން ކަންކަމުގައި،އިންސްޕެކްޓަރުންނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން މަސައްކަތްކުރާ ތަން ހިންގާ ފަރާތުންނާއި އެންމެހައި މުވައްޒަފުން ފޯރުކޮށްދޭންވާނެއެވެ.  

(ނ) ބަލައި ފާސްކުރާ އިންސްޕެކްޓަރުންގެ މަސައްކަތްތަކާ ގުޅިގެން އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް އެއްވެސް ފަރާތަކުން ކޮށްގެންނުވާނެއެވެ.  

  1. މި ގާނޫނުގެ ދަށުން އިންސްޕެކްޓަރުގެ ޒިންމާ އަދާކުރުމަށްހުރަސްއެޅުން ނުވަތަ ދަތިކުރުން؛  
  2. މި ގާނޫނުގެ ދަށުން އިންސްޕެކްޓަރު އަންގާ އެންގުމަކަށް އަމަލުނުކުރުން ނުވަތަ އިންސްޕެކްޓަރު ހުށަހެޅުުމަށް އަންގާ ރިކޯޑުތަކާއި، ސެޓްފިކެޓްތަކާއިި، ނޯޓިސް ނުވަތަ ލިޔުން ހުށަނޭޅުން؛
  3. ވަޒީފާދޭ ފަރާތަކީ ނުވަތަ މަސައްކަތްކުރާ ތަން ހިންގާ ފަރާތަކީކޮން ފަރާތްކަން އެނގޭނެ މައުލޫމާތު ނުދީ ހިފެހެއްޓުން؛
  4. ވަކި ފަރާތެއް، ބަލައި ފާސްކުރުމަށް ނުވަތަ އިންސްޕެކްޓަރު އަންގާ އެންގުމަކަށް ހާޒިރުވުމަށް ހުރަސްއެޅުން ނުވަތަ ފޮރުވުން ނުވަތަ އެއިން ކަމެއް ކުރަން މަސައްކަތްކުރުން.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިިވާ އަމަލެއް ކުރާ ފަރާތެއްގެ އަދަބަކީ ކަމުގެ ކުޑަބޮޑު މިނަށް ބަލައި 10,000 (ދިހަހާސް) ރުފިޔާއާއި 25,000 (ފަންސަވީސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުންޖޫރިމަނާކުރުމެވެ.

 

49 ވަނަ މާއްދާ - ބަލައި ފާސްކުރުމުގެ ކޯޓު އަމުރު ހޯދުން

(ހ) މި ގާނޫނުގެ 48 ވަނަ މާއްދާގެ (1) ގެ (1) ވަނަ ނަންބަރުގެ ދަށުން ބަލައި ފާސްކުރުމުގެ ބާރު ލިބިދީފައި ވީނަމަވެސް، ބަލައި ފާސްކުރުމަށް ތަނަކަށް ވަނުމަށް، އެތަނެއްގެ ވެރިފަރާތުން ނުވަތަ އެ ތަން ހިންގާ ފަރާތުން ހުއްދަނުދީފ ނަމަ، މި ގާނޫނުގެ ދަށުން އަދާކުކުރަންޖެހޭ ވާޖިބު އަދާކުރުމަށް އިންސްޕެކްޓަރުން އ ތަނަކަށް ވަންނަންވާނީ ކޯޓު އަމުރަކާ އެކުގައެވެ.  

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިިވާ ފަދަ އަމުރެއް ނެރެދިނުމަށް ކަމާބެހޭ ކޯޓަކަށް ހުށަހެޅިއްޖެ ހާލަތެއްގައި، އެ ހުށަހެޅުުމަކާ ގުޅޭގޮތުން އަންނަނިވި ކަންކަން ފުރިހަމަވާނަމަ، ކޯޓުން އެފަދަ އަމުރެއް ނެރެދޭންވާނެއެވެ.

  1. ބަލައި ފާސްކުރަން ބޭނުންވާ ތަނަކަށް ވަނުމަކީ، އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބަލާއިރު، ބޭނުންތެރި ކަމެއްކަމަށް ކޯޓަށް ގަބޫލުކުރެވުން؛ 
  2. އެ ތަނަށް ވަދެ ޓެސްޓުތައްކޮށް، ތަހްލީލުކޮށް، ބަލަންޖެހޭ ބެލުންތައް ބަލައި، ފޮޓޯނަގައ ވީޑިއޯކުރުމަކީ ނުވަތަ އެ ތަނުން ފެންނަ އެއްޗެހީގެ ސާމްޕަލް ނެގުމަކީ ނުވަތަ ހޯދަންޖެހޭހޯދުންތައް ހޯދުމަކީ ބޭނުންތެރި ކަމެއްކަމަށް ކޯޓަށްގަބޫލުކުރެވުން.

 

50 ވަނަ މާއްދާ - އިސްލާހުކުރުމަށާއެ މަސައްކަތް ހުއްޓާލުމަށް އެންގުން

(ހ) އަންނަނިވި ހާލަތްތަކުގައެ މަސައްކަތްކުރާ ތަންތަނުގައި ހުންނަ ކަންކަން އިސްލާހުކުރުމަށް އަންގައި އަމުރުކުރުމުގެ ނުވަތަ މަސައްކަތް ހުއްޓާލުމަށް އަންގައި އަމުރުކުރުމުގެ ބާރު ޑިރެކްޓަރ ޖެނެރަލަށްލިބިގެންވާނެއެވެ.  

  1. މަސައްކަތްކުރާ އެއްވެސް ތަނެއްގެ ހާލަތު ހުރި ގޮތުން ނުވަތަ މަސައްކަތްކުރާ ތަނުގައި ބޭނުންކުރާ މެށިނަރީއެއް ނުވަތަ އިކުއިޕްމަންޓެއް ނުވަތަ ޕްލާންޓެއް ނުވަތަ އެނޫންވެސް އެއްޗެއް ބޭނުންކުރެވޭ ގޮތަކުން އެތަނުގައި ކުރާ މަސައްކަތެއް ނުވަތަ ހިންގާ ޕްރޮސެސްއެއް، އެ ތަނުގެެ މުވައްޒަފުންގެ ސިއްހަތާއ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވާނ ފަދައިން ކުރިއަށް ނުގެންދ ވުން؛ 
  2. މި ގާނޫނުގެ ދަށުން އަދާކުކުރަންޖެހޭ ވާޖިބަކާ އެއްވެސް މީހަކު ހިލާފުވުން؛ ނުވަތަ 
  3. އެއްވެސް މީހަކު ކުރި ކަމަކީ ނުވަތަ ނުކޮށް ދޫކޮށްލި ކަމަކީ، އެކަމެއްގ ސަބަބުން މަސައްކަތުގެ މާހައުލުގައި މަސައްކަތްކުރާ މުވައްޒަފުންގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމަށް އަސަރުކުރާ ނުވަތަ އަސަރުކޮށްފާނެ ކަމެއްކަމަށް ޑިރެކްޓަރ ޖެނެރަލަށް ގަބޫލުކުރެވުން.

(ށ) އަންނަނިވި ފަރާތްތަކުގެ މައްޗަށް މަސައްކަތްކުރާ ތަނާ ގުޅޭގޮތުން އިސްލާހުކުރުމުގެ އަމުރެއް ނުވަތަ މަސައްކަތް ހުއްޓާލުމުގެެ އަމުރެއް ޑިރެކްޓަރ ޖެނެރަލަށް ނެރެވިދާނެއެވެ.  

  1. މަސައްކަތްކުރާ ތަނުގެ ކޮންޓްރޯލް އޮންނަ ކޮންމެ މީހެއް ނުވަތަމަ ސައްކަތްކުރާ ތަނުގައި ކުރެވޭ މަސައްކަތްތަކުގެ ނުވަތަ މަސައްކަތްކުރެވޭ ގޮތުގ ކޮންޓްރޯލް އޮންނަ ކޮންމެ މީހެއް؛ 
  2. މި ގާނޫނުގެ ދަށުން މަސައްކަތްކުރާ ތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމުގެ ޒިންމާ ހަވާލުކުރ ވަޒީފާ ކޮންމެ މީހެއް؛ ނުވަތަ
  3. މަސައްކަތްކުރާ ތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތި ކުރުވާ ނުވަތަ އެފަދަ ކަމެއް ކޮށްފާނެ ފަދަ ކޮންމެ މީހެއް.

(ނ) މި މާއްދާގެ ދަށުންނެރޭއިސްލާހުކުރުމުގެ އަމުރެއްގައ އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.  

  1. އަމުރު ރައްދުވާ ފަރާތުން ކުކުރަންޖެހޭ ކަންކަން؛ އެ ގޮތުން.
    1. މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތި ކުރުވާފަދައެންމެހައި ކަންކަން އިސްލާހުކޮށް، މުވައްޒަފުންގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަން ކަށަވަރުވާނ ގޮތަށް މަސައްކަތް ނުވަތަ މަސައްކަތްކުރާ ގޮތް ކުރިއަށްގެންދިއުމުގެ މަގުފަހިކޮށްދިނުމަށް އެންގުން؛  
    2. މި ގާނޫނުގެ ދަށުން އަދާކުކުރަންޖެހޭ ޒިންމާއެއް އަދާކުރުމަށް އެންގުން؛ ނުވަތަ
    3. މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ ފަދަ ކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް އެންގުން.
  2. އަމުރު ތަންފީޒުކުރަން ފަށާނ ތާރީހާއި، އެ އަމުރުގައި ބަޔާންކޮށްފައިިވާ ކަމެއް ކުރުމަށް ދެވޭ މުއްދަތު ގުނަން ފަށާނީ އަމުރު ތަންފީޒުކުރާ ތާރީހުން ފެށިގެންކަން.

(ރ) މި މާއްދާގެ ދަށުންނެރޭމަސައްކަތް ހުއްޓާލުމުގެ އަމުރެއްގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.  

  1. އަންނަނިވި ގޮތްތަކުންކުރ ގޮތަކަށް އަމުރު ރައްދުވާ ފަރާތުން ވަގުތުން މަސައްކަތް ހުއްޓާލުމަށް އެންގުން؛  
    1. މުއްދަތެއް ނެތް ގޮތެއްގައި؛ ނުވަތަ
    2. މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތި ކުރުވާފަދަ އެންމެހައި ކަންކަން އިސްލާހުކުރުމަށްޓަކައި،މުވައްޒަފުންގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަން ކަށަވަރުވާނ ގޮތަށް މަސައްކަތް ނުވަތަ މަސައްކަތްކުރާ ގޮތް ކުރިއަށްގެންދ އުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ޑިރެކްޓަރ ޖެނެރަލް ކަނޑައަޅާފައިވާ ކަންކަން ގަބޫލުކުރެވޭ މިންވަރަކަށް ފުރިހަމަކޮށް ނިންމަަންދެން. 
  2. އަމުރު ތަންފީޒުކުރަން ފަށާ ތާރީހު.

(ބ) މި މާއްދާގެ ދަށުން ޑިރެކްޓަރ ޖެނެރަލްނެރޭއިސްލާހުކުރުމުގެ އަމުރަކާ ނުވަތަ މަސައްކަތް ހުއްޓާލުމުގެ އަމުރަކާ ހިލާފަށް އަމަލުކުރާ ފަރާތެއްގެ އަދަބަކީ، ކަމުގެ ކުޑަބޮޑު މިނަށް ބަލައި، އެފަރާތް 5,000 (ފަސްހާސް) ރުފިޔާއާއި 50,000 (ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. އަދި އެއިންގުމާ ހިލާފުވާ ކޮންމެ ދުވަހަކަށް، ޖޫރިމަނާކުރ އަދަދުގެ %3 (ތިނެއް) އންސައްތަ އިތުރަށް ޖޫރިމަނާކުރެވޭނޭއެވެ.  

(ޅ) އެއްވެސް ފަރާތަކުން އިސްލާހުކުރުމުގެ އަމުރަކާ ނުވަތަ މަސައްކަތް ހުއްޓާލުމުގެ އަމުރަކާ ހިލާފުވެއްޖެ ނަމަ އަންނަނިވި ގޮތަށް އަމަލުކުރުމުގެ ބާރު ޑިރެކްޓަރ ޖެނެރަލަށް ލިބިގެންވާނެއެވެ.  

  1. އެކަށީގެންވާ ވަގުތެއްގައެ މަސައްކަތްކުރާ ތަނަށް ވަދެ އެފަދަ އަމުރެއް ތަންފީޒުކުރުމަށް ކުކުރަންޖެހޭ ކޮންމެ ކަމެއް ކުރުން؛ އަދި 
  2. ހުއްދަނެތި އެއްވެސް ސަރަހައްދަކަށް ވަނުން ހުއްޓުވުމަށް ނުވަތަ ހުއްދަނެތި މެށިނަރީ ނުވަތަ އިކުއިޕްމަންޓް ނުވަތަ ޕްލާންޓް ނުވަތަ އެއްޗެއް ބޭނުންކުރުން ހުއްޓުވުމަށް އަމުރެއް ނެރެފައިވާނަމަ، އެ އަމުރެއް ތަންފީޒުކުރުމަށް އެކަށީގެންވާ ފިޔަވަޅު އެޅުން.

(ކ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިިވާ ކަންކަން ކުރުމުގައި ޑިރެކްޓަރ ޖަނަރަލް ކުރާ ހަރަދަށް ޒިންމާވާނީ އިސްލާހުކުރުމުގެ އަމުރެއް ނުވަތަ މަސައްކަތް ހުއްޓާލުމުގެ އަމުރެއް ރައްދުވާ ފަރާތަކުންނެވެ. އަދި އެ ހަރަދު ދައްކައި ހަލާސްކުރަންދެން އެއީ އެފަރާތުން ދައުލަތަށްއަދާކުކުރަންޖެހޭ ދަރަންޏ އްކަމުގައި ބެލޭނެއެވެ.  

(އ) މި މާއްދާގެ (ޅ) ގެ (2) ވަނަ ނަންބަރުގެ ދަށުން ޑިރެކްޓަރ ޖެނެރަލް ފިޔަވަޅު އަޅާފައިވާ ސަރަހައްދެއް، ނުވަތަ މެށިނަރީއެއް ނުވަތައިކުއިޕްމަންޓެއް، ނުވަތަ ޕްލާންޓެއް ނުވަތަ އެނޫންވެސް އެއްޗަކާ ގުޅޭގޮތުން އަޅާފައިވާ ފިޔަވަޅު އެނގިހުރެ އެ ސަރަހަހައްދަކަށް ވަދެ ފ މީހާ ނުވަތަ މެށިނަރީ ނުވަތަ އިކުއިޕްމަންޓް ނުވަތަ ޕްލާންޓް ނުވަތަ އެއްޗެއް ހުއްދަނެތި ބޭނުންކޮށްފި ފަރާތެއްގެ އަދަބަކީ ކަމުގެ ކުޑަބޮޑު މިނަށްބަލައި، އެފަރާތް 5,000 (ފަސްހާސް) ރުފިޔާއާއި 50,000 (ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

 

51 ވަނަ މާއްދާ - ޑިރެކްޓަރ ޖެނެރަލްގެ ނިންމުން މުރާޖައާކުރުން

(ހ) މި ގާނޫނުގެ 50 ވަނަ މާއްދާގެ ދަށުން ޑިރެކްޓަރ ޖެނެރަލް ނެރެފައިވާ އަމުރެއްގެ ސަބަބުން އަސަރުކޮށްފައިވާ ފަރާތްވާނަމަ އެ އަމުރު ނެރޭ ތާރީހުން ފެށިގެން 14 (14) ދުވަހުގެ ތެރޭގައި، އެ ނިންމުން މުރާޖައާކޮށްދިނުމަށް އެދި މި ގާނޫނުގެ ދަށުން ހަދާގަވާއިދުގައި ބަޔާންކޮށްފައިިވާ ގޮތުގެ މަތިން މިނިސްޓަރަށްހުށަހެޅި ދާނެއެވެ. އަދި އެ ގޮތުން ހުށަހެޅޭ ހުށަހެޅުުމަކާ ގުޅިގެން މައްސަލަ ބަލައި، ޑިރެކްޓަރ ޖެނެރަލްގެ އަމުރަށް ބަދަލުގެންނަންޖެހޭ އެކަށީގެންވާ ސަބަބެއް އޮތްނަމަ، އެ އަމުރުގައ ހިމެނޭ ކަމަކަށް ބަދަލުގެނައުމަށް މިނިސްޓަރަށް އެންގި ދާނެއެވެ.  

(ށ) ޑިރެކްޓަރ ޖެނެރަލްގެ އަމުރެއް މުރާޖައާކުރުމަށްފަހު އެ އަމުރުއިސްލާހުކުކުރަންޖެހޭ ސަބަބެއް އޮތްކަމަށް މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރު އަންގައިނަމަ، އެއިންގުމާ އެއްގޮތަށް އަމުރު އިސްލާހުކޮށް، ޑިރެކްޓަރ ޖެނެރަލް އަލުން އެ އަމުރު ނރެންވާނެއެވެ.  

(ނ) ވަކި މައްސަލައަކީ، ވަކި ކަމެއް އިސްލާހުކުރުމުގެ އަމުރަކާ ގުޅިގެން މިނިސްޓަރަށް ހުށަހެޅިފައިވާ މައްސަލައެއްނަމަ އެ މައްސަލައިގައި މިނިސްޓަރު ވަކިގޮތެއް ނިންމަަންދެން އެ އަމުރު ތަންފީޒުކުރުން ފަސްކުރަންވާނެއެވެ.  

(ރ) ވަކި މައްސަލައަކީ، މަސައްކަތް ހުއްޓާލުމުގެ އަމުރަކާ ގުޅިގެން މިނިސްޓަރަށް ހުށަހެޅި ފައިވާ މައްސަލައެއްނަމަ، އެ މައްސަލައިގައި މިނިސްޓަރު ވަކި ގޮތެއް ނިންމަަންދެން އެ އަމުރާ ގުޅިގެން އަސަރުކޮށްފައިވާ ފަރާތުން އެ އަމުރާ އެއްގޮތަށް އަމަލުކުރަމުން ގެންދަންވާނެއެވެ. އަދި މަސައްކަތް ހުއްޓާލުމުގެ އަމުރު ބާތިލުކުރެވެންދެން ނުވަތަ އަމުރަށް ބަދަލުގެނެވެންދެން އެ އަމުރު ތަންފީޒުކުރަންވާނެއެވެ.  

(ބ) ޑިރެކްޓަރ ޖެނެރަލްގެ އަމުރު މުރާޖައާކުރުމާގުޅޭ އުސޫލުތަކާއި، އެ އަމުރަށް ބަދަލުގެނެވޭނ ހާލަތްތަކާއި، އެކަންކަމާ ގުޅޭގޮތުން އަމަލުކުރާނެެ އެނޫންވެސް އިޖުރާއަތުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

52 ވަނަ މާއްދާ - މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމާގުޅޭ ތަމްރީނު ފުރިހަމަކުރުމަށް ލާޒިމުކުރުން

(ހ) މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމާ ގުޅޭގޮތުން ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް ވަކި ފެންވަރެއްގެ ނުވަތަ ވަކި ށަރުތުތަކެއް ފުރިހަމަވާ ފަރާތްތަކަކަށް ޑިރެކްޓަރ ޖެނެރަލް އާންމުކުރާ އެންގުމަކުން އެންގި ދާނެއެވެ.  

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޑިރެކްޓަރ ޖެނެރަލް އެންގުމެއް އަންގައިނަމަ، އެއިންގުން ދުވަހު ސަރުކާރުގެ ގެޒެޓުގައިށާއިއުކުރަންވާނެއެވެ.  

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިިވާ ފަދަ ތަމްރީނު ޕްރޮގްރާމް ހިންގަންވާނީ އެކްރެޑިޓްކޮށްފައިވާ ތަމްރީނުދޭ ފަރާތަކުންނެވެ.  

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިިވާ ފަދަ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވާންޖެހޭ ފަދަ މުވައްޒަފެއް ވަޒީފާދޭ ފަރާތުގެ މުވައްޒަފުންގެ ތިރީގައި ހިމެނޭނަމަ، އެ މުވައްޒަފަކު އެ ތަމްރީނު ޕްރޮގްރާމް ނުވަތަ އެފަދަ ތަމްރީނެއް ފުރިހަމަކޮށްފައިވާކަން ކަށަވަރުކުރުމަށްފަހު މެނުވީ، އެފަދަތަމްރީނެއް ލިބިގެން ކުކުރަންޖެހޭ މަސައްކަތެއް އެ މުވައްޒަފަކު ލައްވައި ކުރުވައިގެން ނުވާނެއެވެ.  

(ބ) ވަކި ފަރާތަކީ، މި މާއްދާގައި ބަޔާންކުރާ ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ފަރާތް ކަމުގައި ވީނަމަވެސް، އެފަދަ ފަރާތަކަށް ތާޒާކުރުމުގެ ޕްރޮގްރާމެއް ފުރިހަމަކުރުން މުހ ންމުކަމަށް ޑިރެކްޓަރ ޖަނަރަލަށް ފެނިއްޖެ ހިނދެއްގައި، ތާޒާކުރުމުގެ ތަމްރީނު ޕްރޮގްރާމެއްގައ ބައިވެރިވުމަށް އެފަރާތަކަށް ލިޔުމުން އެންގި ދާނެއެވެ.  

(ޅ) މި މާއްދާގެ (ރ) އާ ހިލާފުވެއްޖެ ފަރާތެއްގެ އަދަބަކީ 5,000 (ފަސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.

 

 

އަށްވަނަ ބާބު

އަނިޔާގ ސަބަބުން ނަގައިދެވޭ ހަރަދާއި ގެއްލުމުގެ ބަދަލު

 

53 ވަނަ މާއްދާ - މި ބާބުގައި ބަޔާންކުރާ އުސޫލުތައް ހިނގާނ ފަރާތްތައް

(ހ) މި ބާބުގައި ބަޔާންކުރާ އުސޫލުތައް، އަންނަނިވި ފަރާތްތައް ފިޔަވައި އެނޫން ކޮންމެ މަސައްކަތްތެރިއެއްގެ މައްޗަށް ހިނގާނެއެވެ.  

  1. މިނިވަން ކޮންޓްރެކްޓަރުން؛ 
  2. ޑޮމެސްޓިކް ވަރކަރުން؛ 
  3. އަމިއްލަ މަސައްކަތްކުރާ ފަރާތްތައް؛ 
  4. އަންނަނިވި ޔުނީފޯމުއެޅި ހިދުމަތްތަކުގެ މެންބަރުން ނުވަތަ މުވައްޒަފުން ނުވަތަ ރެކްރޫޓުން؛  
    1. ދިވެހިރާއްޖޭގެ ގައުމީ ދީފާއީ ބާރު؛
    2. ދިވެހި ފުލުހުންގެ ހިދުމަތް؛
    3. ގާނޫނަކުން އުފައްދާފައިވާ އެނޫންވެސް ޔުނީފޯމުއެޅި މަދަނީ ހިދުމަތެއް.
  5. ގާނޫނަކުން އެ ހިދުމަތެއް ގާއިމުކޮށްފައިވާ، އަދި އެ ހިދުމަތުގެ މުވައްޒަފުންނާއެ މަސައްކަތްތެރިންގެ ފަޒީފާގެ ކަންކަންހިންގުމަށްޓަކައި ގާނޫނީ އޮނިގަނޑެއް ގާއިމުކޮށްފައިވާ ނުވަތަ ފަޒީފާގެ އުސޫލުތައް ކަނޑައެޅިފައިވާ އެނޫންވެސް ކޮންމެ ހިދުމަތެއް.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ވަކި ފަރާތަކީ، ވަޒީފާދޭ ފަރާތުގެ މަސައްކަތެއްގެ ވަކިބައެއް، އެފަރާތުގެ އަމިއްލަ، ދިރިއުޅޭ ތަނުގައި ނުވަތަ އެނޫންވެސް ވަޒީފާދޭ ފަރާތުގެ ކޮންޓްރޯލްގައި ވާ މަސައްކަތްކުރާ ތަނެއް ފިޔަވައި އެހެން ތަނެއްގައި ފުރިހަމަކުރާ ފަރާތް ކަމުގައި ވާނަމަ، އެފަރާތެއްގެ މައްޗަކަށް މި ބާބުގައި ބަޔާންކުރާ އުސޫލުތަކެއް ނުހިނގާނެއެވެ.  

 

54 ވަނަ މާއްދާ - އަނިޔާގ ސަބަބުން ހަރަދާއި ގެއްލުމުގެ ބަދަލު ލިބިދިނުން

(ހ) މަސައްކަތުގެ ތެރޭގައި، މަސައްކަތާ ގުޅިގެން ނުވަތަ މަސައްކަތުގެ ސަބަބުން ދިމާވާ އެކްސިޑެންޓެއް ނުވަތަ ހާދިސާއަކާ ގުޅިގެން އަނިޔާވުމުގެ ސަބަބުން މަސައްކަތްތެރިއަކަށް ވަގުތީ ނުވަތަ ދާއިމީނުކުޅެދުންތެރި ކަމެއް ކުރިމަތި ވެއްޖެ ނަމަ ނުވަތަ މަސައްކަތްތެރިއެއްގެ ފުރާނަ ގޮސްފިނަމަ، އޭގެ ސަބަބުން ލިބިދޭންޖެހޭ ހަރަދު އަދި /ނުވަތަ ގެއްލުމުގެ ބަދަލ،ު މި ބާބުގައި ބަޔާންކުރާ ގޮތުގެ މަތިން ވަޒީފާދޭ ފަރާތުން އެ މަސައްކަތްތެރިޔާއަށް ނުވަތަ އެފަރާތެއްގެ ވާރިސުންނަށް ދޭންވާނެއެވެ.  

(ށ) ދިވެހިރާއްޖެއިން ބޭރުގައެ މަސައްކަތުގެ ހަރަކާތެއް ފުރިހަމަކުރަމުންދަނ ކޮށް ދިމާވާ ހާދިސާއެއްގެ ސަބަބުން ލިބޭއަނިޔާއަކީވެސް މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި މަސައްކަތުގެ ތިރީގައި، މަސައްކަތާ ގުޅިގެން ނުވަތަ މަސައްކަތުގެ ސަބަބުން ދިމާވި ކަމެއްކަމުގައި ބެލެވޭނެއެވެ.  

 

55 ވަނަ މާއްދާ - ނަގައިދެވޭ ހަރަދާއި ބަދަލުގެ ބާވަތްތައް

މަސައްކަތުގެ ތެރޭގައި، މަސައްކަތްތެރިއަކަށް އަނިޔާއެއްވުމުގެ ސަބަބުން ވަގުތީ ނުވަތަ ދާއިމީ ނުކުޅެދުންތެރިކަމެއް މެދުވެރިވެއްޖެ ނަމަ ނުވަތަ މަސައްކަތްތެރިއެއްގެ ފުރާނަގޮސްފިނަމަ، މި ބާބުގެ ދަށުން އަންނަނިވި ހަރަދުތަކާއި ގެއްލުމުގެ ބަދަލު ލިބިދެވޭނެއެވެ.  

(ހ) ލިބުނު އަނިޔާއަށް ލިބިދެވޭ ބޭސްފަރުވާގ ހަރަދު؛  

(ށ) ލިބުނު އަނިޔާއަށް ބޭސްފަރުވާކުރަން ޖެހުމުގެ ސަބަބުން މަސައްކަތަށް ނުނ ކުމ ހޭދަވާ ދުވަސްތަކަށް ލިބިދެވޭ އުޖޫރަ؛

(ނ) ލިބުނު އަނިޔާގ ސަބަބުން މެދުވެރިވި ދާއިމީ ނުވަތަ ވަގުތީ ނުކުޅެދުންތެރި ކަމަށް ލިބިދެވޭ ގެއްލުމުގެ ބަދަލު؛

(ރ) ލިބުނު އަނިޔާގ ސަބަބުން މަސައްކަތްތެރިޔާގެ ފުރާނަ ގޮސްފި ހާލަތެއްގައި ލިބިދެވޭ ގެއްލުމުގެ ބަދަލ.ު

 

56 ވަނަ މާއްދާ - ބަދަލު ނަގައ ނުދެވޭނެ ހާލަތްތައް

(ހ) މި ގާނޫނުގެ 55 ވަނަ މާއްދާ އެހެން އޮތްނަމަވެސް، އަންނަނިވި ހާލަތްތަކުގައި މި ބާބުގެ ދަށުން ބަދަލު ލިބުމުގެ ހައްގު މަސައްކަތްތެރިންނަށް ލިބިެގެންނުވެއެވެ.  

  1. ގަސްދުގައި އަމިއްލަ ހަށިގަނޑަށް އަނިޔާދިނުން، 
  2. މަނާކުރ ވަޒީފާ މަސްތުވާ އެއްޗެއް ބޭނުންކުރުމުގެ ސަބަބުން ނުވަތަ ޑޮކްޓަރެއްގެ ޕްރިސްކްރިޕްށަނެއް ނެތި ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާ އެއްޗެއް ބޭނުންކުރުމުގެ ސަބަބުންމަސްތުވެގެން ހުރެގެން އަނިޔާ ލިބުން؛
  3. ދިރިއުޅޭ ތަނުން މަސައްކަތްކުރާ ތަނަށް ދިއުމުގައ ނުވަތަ މަސައްކަތްކުރާ ތަނުން ދިރިއުޅޭ ތަނަށް ދިއުމުގައ އަމިއްލަ ދުއްވާ އެއްޗެއްގައ ނުވަތަ އެހެން ފަރާތެއްގެ ދުއްވާ އެއްޗެއްގައ ނުވަތަ އާންމު ދަތުރުފަތުރުގ ހިދުމަތްދޭ އުޅަނދެއްގައި ދަތުރުކުރުމުގައި ދިމާވާ އެކްސިޑެންޓްތަކުން އަނިޔާ ލިބުން؛ 
  4. މަސައްކަތުގައި ކުކުރަންޖެހޭ ދަތުރެއް ކުރުމުގައި އަމިއްލަ ބޭނުމަކަށް އެހެން ތަނަކަށް ދާދިއުމުގައ ދިމާވާ އެކްސިޑެންޓްތަކުން އަނިޔާލިބުން.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގ ނިޔަލަށް ބަޔާންކޮށްފައިިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއްގައި މަސައްކަތްތެރިއެއްގެ ފުރާނަގޮސްފިނަމަ، މި ބާބުގެ ދަށުން ބަދަލު ލިބިދިނުމުގެ ހައްގު އެ މަސައްކަތްތެރިއެއްގެ ވާރިސުންނަށްލިބިެގެންނުވެއެވެ.  

 

57 ވަނަ މާއްދާ - ބޭސްފަރުވާގ ހަރަދު

މަސައްކަތުގެ ތެރޭގައި މަސައްކަތްތެރިއަކަށް އަނިޔާއެއް ވެއްޖެ ނަމަ، ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުން ދުޅަހެޔޮ ސިއްހަތަކަށް ވާސިލުވުމަށް ބޭނުންވާ އެކަށީގެންވާ ސިއްހީ ފަރުވާއާއި ހިދުމަތް، ނުވަތަ އެ މަސައްކަތްތެރިއަކަށް ލިބުނު ގެއްލުމަކަށް ފަރުވާކުރެވޭނޭ ވަސީލަތްތައް، އިތުރު އަގެއް ނެގުމަކާ ނުލައި، ވަޒީފާދޭ ފަރާތުން އެ މަސައްކަތްތެރިއަކަށް ވީއާންމު އަވަހަކަށް ހަމަޖައްސައެދޭންވާނެއެވެ.  

 

58 ވަނަ މާއްދާ - މަސައްކަތަށް ނުނިކުމެވުމުގެ ސަބަބުން ލިބިދެވޭ އުޖޫރަ

(ހ) މަސައްކަތްތެރިއަކަށް ލިބުނު އަނިޔާއަށް ބޭސްފަރުވާކުރަން ޖެހުމުގެ ސަބަބުން މަސައްކަތަށް ނުނިކުމެ ހޭދަވާ ދުވަސްތަކަށް ވަޒީފާދޭ ފަރާތުން އުޖޫރަ ދޭންވާނެއެވެ.  

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އުޖޫރަ ލިބިދެވޭނީ، އެ އަކުރުގައި ބަޔާންކުރާ މަސައްކަތްތެރިޔާ މަސައްކަތަށް ނިކުންނަންޖެހޭ ދުވަސްތަކުގ ތެރެއިން މަސައްކަތަށް ނުނިކުމެ ހުރުމަށް ދީފައިވާ ސަލާމުގ ސެޓްފިކެޓްގ މުއްދަތަށް ނުވަތަ އޭނާ ސިއްހީ ހިދުމަތްދޭ މަރުކަޒެއްގައި ފަރުވާ ލިބިދިނުމަށްޓަކައި އެނދުމަތިކުރަންހުމުގެ ސަބަބުން މަސައްކަތަށް ނުނިކުމެ ހުންނަންޖެހޭ މުއްދަތަށް، ރަޖިސްޓަރީކޮށްފައިވާ ސިއްހީ ހިދުމަތްދޭ ފަރާތަކުން ނުވަތަ ސިއްހީ ހިދުމަތްދޭ މަރުކަޒަކުން ދޫކުރާ ސެޓްފިކެޓެއް ނުވަތަ ލިޔުމެއް ހުށަހެޅުުމުންނެވެ.

(ނ) މި މާއްދާގެ (ހ) އާއ (ށ) އެހެން އޮތްނަމަވެސް، މި މާއްދާގައި ބަޔާންކުރާމަސައްކަތްތެރިޔާއަށް ސަލާމުގެ ޗުއްޓީ ހަމަޖެހިފައިިވާނީ އޭނާއަށް ލިބެމުންއައި އުޖޫރަ ލިބޭ ގޮތަށް ކަމުގައި ވާނަމަ، މި މާއްދާގެ ދަށުން ލިބިދެވޭ އުޖޫރަ ދިނުން ލާޒިމެއް ނޫނެވެ. 

(ރ) މި މާއްދާގައި ބަޔާންކުރާ އުޖޫރައަކީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ލިބިދެވޭ އުޖޫރައެއް ކަމަށްވާތީ، އެއީ މި ގާނޫނުގެ ބޭނުމަށްޓަކައި ނުވަތަ އެހެންގާނޫނެއްގެ ބޭނުމަށްޓަކައި އާމްދަނީއެއް ކަމުގައެއް ނުބެލެވޭނެއެވެ.  

(ބ) މި މާއްދާގެ ދަށުން ލިބިދެވޭ އުޖޫރަ ލިބިދެވޭނ ގޮތުގ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

59 ވަނަ މާއްދާ - ހަށިގަނޑަށް ލިބޭ އަނިޔާއަށް ނަގައިދެވޭ ގެއްލުމުގެ ބަދަލު

މި ގާނޫނުގެ 55 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތުގައި ހަށިގަނޑަށް ލިބޭ އަނިޔާއެއްގެ ސަބަބުން މަސައްކަތްތެރިއަކަށް ލިބޭ ގެއްލުމަށް އަންނަނިވި ފަދައިން ބަދަލު ލިބިދިނުމުގެ ހައްގު މަސައްކަތްތެރިންނަށް ލިބިގެންވާނެއެވެ.  

(ހ) ހަށިގަނޑަށް ލިބޭ އަނިޔާއެއްގެ ސަބަބުން ޖިސްމާނީ ނުވަތަނަފްސާނީގޮތުން ދާއިމީ ނުކުޅެދުންތެރިކަމެއް މެދުވެރިވިުމުން ނަގައިދެވޭބަދަލު؛

(ށ) ހަށިގަނޑަށް ލިބޭ އަނިޔާއެއްގެ ސަބަބުން ޖިސްމާނީ ނުވަތަނަފްސާނީގޮތުން ވަގުތީ ނުކުޅެދުންތެރި ކަމެއް މެދުވެރިވިުމުން ނަގައިދެވޭ ބަދަލ.ު

 

60 ވަނަ މާއްދާ - ފުރާނަދިއުމުގ ސަބަބުން ނަގައިދެވޭ ބަދަލު

މި ގާނޫނުގެ 55 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތުގައި ހަށިގަނޑަށް ލިބޭ އަނިޔާއެއްގެ ސަބަބުން މަސައްކަތްތެރިއެއްގެ ފުރާނަގޮސްފިނަމަ، މި ގާނޫނުގެ 62 ވަނަ މާއްދާގެ (ރ) ގައ ވާ ގޮތުގެ މަތިން ގެއްލުމުގެ ބަދަލު ލިބިދިނުމުގެ ހައްގު އެ މަސައްކަތްތެރިޔާގެ ވާރިސުންނަށް ލިބިގެންވާނެއެވެ.  

 

61 ވަނަ މާއްދާ - ބަދަލުގެ މިންވަރު

(ހ) ހަށިގަނޑަށް ލިބޭ އަނިޔާއެއްގެ ސަބަބުން ދާއިމީ ނުކުޅެދުންތެރިކަމެއް މެދުވެރިވިުމުން ނަގައިދެވޭ ބަދަލުގެ މިންވަރު ކަނޑައަޅާނީ އެ މަސައްކަތްތެރިއަކަށް މަހަކަށް ޖެހޭ އެވަރެޖް އާމްދަނީއަށާއި، އެ މަސައްކަތްތެރިއަކަށް މެދުވެރިވިަޒީފާ ނުކުޅެދުންތެރި ކަމުގެ ނިސްބަތަށާއި، އެ މަސައްކަތްތެރިއެއްގެ އުމުރަށް ރިއާޔަތްކޮށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އަދަދަކަށެވެ.  

(ށ) މި މާއްދާގެ (ހ) ގެ ދަށުން ނަގައިދެވޭ ބަދަލު ނަގައިދެވޭނީ، މަދުވެގެން 10 (ދިހައެއް) އަހަރުދުވަހުގެ މުއްދަތަކަށް، ނުވަތަ މި މާއްދާގެ (ޅ) ގެ ދަށުން ކަނޑައަޅާ، ބަދަލުގެ އެންމެ މަތީ އަދަދު ހަމަވަންދެނެވެ.

(ނ) މި މާއްދާގެ (ށ) ގައ އެހެން ބަޔާންކޮށްފައި ވީނަމަވެސް، ހަށިގަނޑަށްލިބޭ އަނިޔާއެއްގެ ސަބަބުން ދާއިމީ ނުކުޅެދުންތެރިކަމެއް މެދުވެރިވެ، އެ ނުކުޅެދުންތެރި ކަމުގެ ސަބަބުން އާމްދަނީ ހޯދުމަށް މަސައްކަތްކުރުމަށްދާއިމީ ހުރަހެއް އެޅިފައިވާނަމަ، ނަގައިދެވޭ ބަދަލުގެ މިންވަރު ކަނޑައަޅާނީ މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިިވާ ގޮތުގެ މަތިންނެވެ.  

(ރ) ހަށިގަނޑަށް ލިބޭ އަނިޔާއެއްގެ ސަބަބުން ވަގުތީ ނުކުޅެދުންތެރިކަމެއް މެދުވެރިވިުމުން ނަގައިދެވޭ ބަދަލު ނަގައިދެވޭނީ، އެ ނުކުޅެދުންތެރި ކަމުގެ ހާލަތު ބަދަލުވަންދެން ނުވަތަ އެ މަސައްކަތްތެރިޔާއަކީ ދާއިމީ ނުކުޅެދުންތެރި ކަން ހުންނަ ފަރާތްކަމަށް ކަމާބެހޭ ދައުލަތުގެ އިދާރާއަކުން ކަނޑައަޅަންދެނެވެ.  

(ބ) ހަށިގަނޑަށް ލިބޭ އަނިޔާއެއްގެ ސަބަބުން މަސައްކަތްތެރިއެއްގެ ފުރާނަގޮސްފިނަމަ ނަގައިދެވޭ ބަދަލުގެ މިންވަރު ކަނޑައަޅާނީ އެ މަސައްކަތްތެރިއަކަށް މަހަކަށް ޖެހޭ އެވަރެޖް އާމްދަނީއަށާއި، އެ މަސައްކަތްތެރިއެއްގެ އުމުރަށް ރިއާޔަތްކޮށް، މި ގާނޫނުގެ ދަށުން ހަދާގަވާއިދުގައި ކަނޑައަޅާ އަދަދަކަށެވެ.  

(ޅ) މި މާއްދާގެ (ހ) އަދި (ބ) ގެ ދަށުން ހަދާ ގަވާއިދުގައި، ބަދަލުގެ ގޮތުގައި ނަގައިދެވޭނ އާންމު ކުޑަ އަދަދާއ، ބަދަލުގެ ގޮތުގައި ނަގައިދެވޭނ އާންމު މަތީ އަދަދު ބަޔާންކުރަންވާނެއެވެ. އަދި އެ އަދަދުތައް، މަދުވެގެން ކޮންމެ ތިން އަހަރަކުން އެއްފަހަރު މުރާޖައާކުރަންވާނެއެވެ.  

 

62 ވަނަ މާއްދާ - ބަދަލު ނަގައދިނުމަށް އެދި ހުށަހެޅުން

(ހ) މި ގާނޫނުގެ 55 ވަނަ މާއްދާގެ ދަށުން ގެއްލުމުގެ ބަދަލު ހޯދުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ވާ ގޮތުގެ މަތިން ވަޒީފާދޭ ފަރާތަށެވެ.

(ށ) މި ގާނޫނުގެ 55 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ ބަދަލު ފިޔަވައި އެނޫން ބަދަލު ނަގައދިނުމަށް އެދި ހުށަހަޅާނީ ގެއްލުން ލިބުނު މަސައްކަތްތެރިޔާއެވެ.  

(ނ) މި މާއްދާގެ (ށ) ގައ އެހެން ބަޔާންކޮށްފައި ވީނަމަވެސް، ގެއްލުން ލިބުނު ފަރާތަކީ ނުކުޅެދުންތެރި ކަމެއް ހުންނަ ފަރާތްނަމަ، ނުވަތަ އެފަރާތަށް ލިބުނު ގެއްލުމުގެ ސަބަބުން ނުކުޅެދުންތެރި ކަމެއް މެދުވެރިވިަޒީފާ ފަރާތްނަމަ، އޭނާގެ ފަރާތުން، އޭނާގެ އާއިލާގެ މެންބަރަކަށް ބަދަލު ހޯދުމަށް އެދި ހުށަހެޅި ދާނެއެވެ.  

(ރ) މި ގާނޫނުގެ 55 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ ބަދަލު ނަގައދިނުމަށް އެދި ހުށަހަޅާނީ މަސައްކަތްތެރިޔާގެ ވާރިސުންނެވެ.  

(ބ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅުމެއް ހުށަހަޅަންވާނީ، ހާދިސާތަހްގީގުކޮށް އެކުލަވާލާާ ރިޕޯޓާއި، ރަޖިސްޓަރީކޮށްފައިވާ ސިއްހީ ހިދުމަތްދޭ ފަރާތެއްގެ ރިޕޯޓަކާއި ކުގައެވެ.  

(ޅ) މި މާއްދާގެ (ބ)ގައި އެހެން ބަޔާންކޮށްފައި ވީނަމަވެސް، މި ގާނޫނުގެ 57 ވަނަ މާއްދާގައި ބަޔާންކުރާ ސިއްހީ ފަރުވާ ހޯދުމަށް ހިނގާ ހަރަދ،ު އެ ހާދިސާއެއް މެދުވެރިވުމާއެކު، އެފަރާތަކަށް ލިބޭނޭ އިންތިޒާމު ވަޒީފާދޭ ފަރާތުން އެފަރާތަކަށް ހަމަޖައްސައެދޭންވާނެއެވެ.  

(ކ) މި މާއްދާގެ ދަށުން ބަދަލު ނަގައިދެވޭނީ، ހާދިސާ ހިނގާ ތާރީހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި އެ ބަދަލެއް ހޯދުމަށް ހުށަހަޅާފައިވާނަމައެވެ.  

 

63 ވަނަ މާއްދާ - ބަދަލު ދިނުމާމެދު ގޮތެއް ނިންމުން

މި ގާނޫނުގެ 62 ވަނަ މާއްދާގެ ދަށުން ބަދަލު ނަގައިދިނުމަށް އެދި ހުށަހަޅާ ހުށަހެޅުުމަކާ ގުޅިގެން އެފަރާތަކަށް ބަދަލު ނަގައިދެވޭނެކަން ނުވަތަ ނޫންކަން އެ ހުށަހެޅުމެއް ހުށަހަޅާތާ ލަސްވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ވަޒީފާދޭ ފަރާތުން އެ ހުށަހެޅުމެއް ހުށަހެޅި ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.  

 

64 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން

(ހ) މި ބާބުގެ ދަށުން ބަދަލު ނަގައިދިނުމަށް އެދި ހުށަހަޅާ ހުށަހެޅުުމަކާ ގުޅޭގޮތުން މި ގާނޫނުގެ 63 ވަނަ މާއްދާގައި ވާ ގޮތުގެ މަތިން ވަޒީފާދޭ ފަރާތުން އަމަލުކޮށްފައި ނުވާނަމަ، ނުވަތަ މި ބާބުގައި ބަޔާންކުރާ އެނޫންވެސް ކަމެއް، އެކަން ކުރުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ވަޒީފާދޭ ފަރާތުން ކޮށްފައި ނުވާނަމަ، އެ ކަމުގެ ށަކުވާ އޮތޯރިޓީއަށް ހުށަހެޅުުމުގ ހައްގު، މަސައްކަތްތެރިންނަށް ނުވަތަ މަސައްކަތްތެރިންގެ ވާރިސުންނަށް ލިބިގެންވާނެއެވެ.  

(ށ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލައެއް ހުށަހެޅިއްޖެ ހާލަތެއްގައި، އެ މައްސަލަ ބަލައި، ވަޒީފާދޭ ފަރާތުން އެފަދައިން އަމަލުކޮށްފައި ނުވާނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ މުއްދަތެއްގެ ތިރީގައި އެކަން ކުރުމަށް ވަޒީފާދޭ ފަރާތަށް އޮތޯރިޓީން އަންގަންވާނެއެވެ.  

(ނ) މި މާއްދާގެ (ށ) ގެ ދަށުން އޮތޯރިޓީން އަންގާ އެންގުމަކާ އެއްގޮތަށް ވަޒީފާދޭ ފަރާތުން އަމަލުކުރަން ލާޒިމުވާނެއެވެ.  

(ރ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ ހުށަހެޅުުމަކާ ގުޅިގެން އޮތޯރިޓީން މައްސަލަ ބަލައި، ލަސްވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ ހުށަހެޅުން ހުށަހެޅި ފަރާތަށް ލިޔުމުން ޖަވާބުދޭންވާނެއެވެ.  

(ބ) މި މާއްދާގެ ދަށުން ށަކުވާ ހުށަހެޅުުމާއި އެ ށަކުވާ ބެލުމުގައި އަމަލުކުރާނެެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

65 ވަނަ މާއްދާ - ބަދަލު ލިބިދީފައިވާނަމަ ދައުވާނުކުރެވުން

މަސައްކަތުގެ ތެރޭގައި، މަސައްކަތާ ގުޅިގެން ނުވަތަ މަސައްކަތުގެ ސަބަބުން ދިމާވާ އެކްސިޑެންޓެއް ނުވަތަ ހާދިސާއަކާ ގުޅިގެން އަނިޔާވުމުގެ ސަބަބުން މި ބާބުގެ ދަށުންމަސައްކަތްތެރިއަކަށް ނުވަތަ މަސައްކަތްތެރިއެއްގެ ވާރިސުންނަށް ގެއްލުމުގެ ބަދަލު ލިބިދީފައިވާނަމަ، އެފަދަ އެކްސިޑެންޓެއް ނުވަތަ ހާދިސާއަކާ ގުޅިގެން އަނިޔާވުމުގެ ސަބަބުން ލިބޭ ގެއްލުމަކާ ގުޅޭގޮތުން ބަދަލު ހޯދުމަށް ށަރީއަތަށް މައްސަލަހުށަހެޅުުމުގ ހައްގު އެއިން ފަރާތަކަށް ލިބިެގެންނުވެއެވެ. އެހެންނަމަވެސް، މި ގާނޫނުގެ 64 ވަނަ މާއްދާގައި ބަޔާންކުރާ އިޖުރާއަތު ފުރިހަމަކުރުމަށްފަހުގައ ވެސް މި ބާބުގެ ދަށުން ލިބިދޭންޖެހޭ ބަދަލު އެފަރާތަކަށް ލިބިދީފައ ނުވާނަމަ، އެ ބަދަލު ހޯދުމަށް ށަރީއަތަށް މައްސަލަ ހުށަހެޅުުމުގ ހައްގު އެ ފަރާތަކަށް ލިބިގެންވާނެއެވެ.  

 

 

ނުވަވަނަ ބާބު

ކުށާއ އަދަބު

 

66 ވަނަ މާއްދާ - ސައްހަނޫން ސެޓްފިކެޓް، އެންޓްރީ އަދި ޑިކްލަރޭށަން ހެދުން

(ހ) އެއްވެސް ފަރާތަކުން އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް ކޮށްގެންނުވާނެއެވެ.  

  1. މި ގާނޫނުގެ ދަށުން ނުވަތަ މި ގާނޫނުގެ ބޭނުމަށް ހަދާ އެއްވެސް ސެޓްފިކެޓެއްގ ސައްހަނޫން ކޮޕީއެއް ހެއްދުން ނުވަތަ ސެޓްފިކެޓެއް ކައުންޓަފީޓްކުރުން؛  
  2. މި ގާނޫނުގެ ދަށުން ނުވަތަ މި ގާނޫނުގެ ބޭނުމަށް ހަދާ އެއްވެސް ސެޓްފިކެޓެއްގައި ހިމަނާފައިވާ މައުލޫމާތަކީ ދޮގު މައުލޫމާތުކަން އެނގިހުރެ އެފަދަ ސެޓްފިކެޓެއް ދޫކުރުން ނުވަތަ އެފަދަސެޓްފިކެޓެއްގައި ސޮއި ކުރުން؛ 
  3. މި ގާނޫނުގެ ދަށުން ނުވަތަ މި ގާނޫނުގެ ބޭނުމަށް ހަދާ އެއްވެސް ސެޓްފިކެޓަކީ ސައްހަނޫން ސެޓްފިކެޓެއްކަން ނުވަތަ ކައުންޓަފީޓްކޮށްފައިވާ ސެޓްފިކެޓެއްކަން އެނގިހުރެ އެއީ ސައްހަ އެއްޗެއްކަމުގައި ދެއްކުން ނުވަތަ އެފަދަ އެއްޗެއް ބޭނުންކުރުން؛ 
  4. މި ގާނޫނުގެ ދަށުން ނުވަތަ މި ގާނޫނުގެ ބޭނުމަށް ދޫކޮށްފައިވާ ހުއްދައެއްގައި ބަޔާންކޮށްފައި ނުވާ ފަރާތަކުން، އެއީ އެފަދަ ހުއްދައެއް އޮތް ފަރާތްކަމަށް ދެއްކުން ނުވަތަ އެފަދަ ފަރާތެއްގެ ގޮތުގައެ މަސައްކަތްކުރުން؛  
  5. މި ގާނޫނުގެ ދަށުން ނުވަތަ މި ގާނޫނުގެ ބޭނުމަށް ބެލެހެއްޓޭ ނުވަތަ ފޮނުވޭ ނުވަތަ ރައްދުކުރެވޭ ރިކޯޑެއް ނުވަތަ ސެޓްފިކެޓެއް ނުވަތަ ނޯޓިހެއް ނުވަތަ ލިޔުމެއްގައ ގަސްދުގައި ސައްހަނޫން އެންޓްރީއެއް ހިމެނުން؛
  6. މި ގާނޫނުގެ ދަށުން ނުވަތަ މި ގާނޫނުގެ ބޭނުމަށް ދޭ ޑިކްލަރޭށަނަކީ ސައްހަނޫން ޑިކްލަރޭށަނެއްކަން އެނގިހުރެ، އެފަދަ ޑިކްލަރޭށަނެއް ދިނުން ނުވަތަ އެފަދަޑިކްލަރޭށަނެއްގައި ސޮއި ކުރުން؛  
  7. މި ގާނޫނުގެ ދަށުން ނުވަތަ މި ގާނޫނުގެ ބޭނުމަށް ދޫކުރާ ވަކި ލިޔުމަކީ ނުވަތަ ދޭ ޑިކްލަރޭށަނަކީ ސައްހަނޫން ލިޔުމެއް ނުވަތަ ސައްހަނޫން ޑިކްލަރޭށަނެއްކަން އެނގިހުރެ އެފަދަ އެއްޗެއް ބޭނުންކުރުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އަމަލެއް އެއްވެސް ފަރާތަކުންކޮށްފި ނަމަ، އެފަރާތެއްގެ އަދަބަކީ، ކަމުގެ ކުޑަބޮޑު މިނަށް ބަލައި 5,000 (ފަސްހާސް) ރުފިޔާއާއި 500,000 (ފަސްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން އެފަރާތް ޖޫރިމަނާކުރުމެވެ.

 

67 ވަނަ މާއްދާ - ގާނޫނާ ހިލާފުވާ ފަރާތްތަކަށް ކަނޑައެޅޭ އާންމު އަދަބު

(ހ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، މި ގާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް ފޯރ ވަރކް ޕްލޭސް ސޭފްޓީ އެންޑް ހެލްތު ނުވަތަ ލޭބަރ ރިލޭށަންސް އޮތޯރިޓީން އަންގާ އެންގުންތަކަށް އަމަލުނުކޮށްފި ނަމަ، ނުވަތަ މި ގާނޫނުގެ ދަށުން ވަކި ކަމެއް ކުރުމަށްލާޒިމުކުރާ ހާލަތުގައި އެކަމެއް ނުކޮށްފި ނަމަ، މި ގާނޫނުގެ ދަށުން ހަދާގަވާއިދުގައި ބަޔާންކުރާ ގޮތުގެ މަތިން އެކަމެއް ކުރި ނުވަތަ ނުކޮށް ދޫކޮށްލި ފަރާތައް، މި ގާނޫނާ ހިލާފުވީކަމަށް ބަލައި، އެފަރާތަކަށް ދެވޭނީ އަންނަނިވި އަދަބުތަކެވެ.  

  1. ކަމުގެ ކުޑަބޮޑު މިނަށް ބަލައި 1,000 (އެއްހާސް) ރުފިޔާއާއި 25,000 (ފަންސަވީސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުންޖޫރިމަނާކުރުން؛
  2. މި ގާނޫނާ ހިލާފުވާ ފަރާތްތަކުން އެ ކުރި އަމަލެއް ކުރުންމަތީދެމިހުރެއްޖެ ނަމަ، އެ ގޮތުގައި ދެމިހުރި މުއްދަތަށް، ދުވާލަކަށް 5,000 (ފަސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން.

(ށ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، މި ގާނޫނާ ހިލާފުވަޒީފާ ފަރާތަކުން މި ގާނޫނާ ހިލާފަށް ކޮށްފައިވާ އަމަލު ތަކުރާރުކޮށްފިނަމަ، ތަކުރާރުކުރާ ކޮންމެ ފަހަރަކަށް އެ އަމަލަކަށް ކަނޑައެޅިފައިވާ އަދަބުގ އިތުރުން 5,000 (ފަސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރެވިދާނެއެވެ.  

(ނ) މި މާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން ޖޫރިމަނާކުރުމުގައި އަމަލުކުރާނެެ އުސޫލުތަކާއި އިޖުރާއަތުތައް، އަދި ތަކުރާރުކޮށް ގާނޫނާ ހިލާފުވާ ފަރާތްތަކާމެދު އެޅިދާނެ އިތުރު ފިޔަވަޅުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

68 ވަނަ މާއްދާ - ޖިނާއީ ދައުވާކުރުން

ވަކި ފަރާތަކުން މި ގާނޫނުގައި ކޮށްގެންނުވާނ ކަމަށް ބަޔާންކޮށްފައިިވާ ކަމަކީ، ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން ޖިނާއީ ކުށެއްކަމަށް ކަނޑައަޅާފައިވާ ކަމެއްނަމަ، އެފަދަ އަމަލެއް ކުރާ ފަރާތަކާމެދު މި ގާނޫނުގެ ދަށުން ކަނޑައެޅޭ އިދާރީ ފިޔަވަޅެއް ކަނޑައެޅުމުގެ އިތުރުން، ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން އެ މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލުމަކަށް މި ގާނޫނު ހުރަހެއްނާޅައެވެ. 

 

69 ވަނަ މާއްދާ - ގެއްލުމުގެ ބަދަލު ހޯދުމަށް އޮތް ހުރަހަކަށް ނުވުން

މި ގާނޫނާ ހިލާފުވުމުގެ ސަބަބުން މި ގާނޫނުގެ ދަށުން ވަކި ފަރާތް ޖޫރިމަނާކުރުމަކީނުވަތަ އެފަރާތަކާމެދު މި ގާނޫނުގެ ދަށުން އެނޫން ފިޔަވަޅެއް އެޅުމަކީ، މި ގާނޫނާހިލާފަށް އެފަރާތުން ކުރި އަމަލުގެ ސަބަބުން ގެއްލުން ލިބުނު ފަރާތަށް އެ ކަމުގެ ބަދަލު ހޯދުމަށް އޮތް ހުރަހެއްކަމުގައެއް ނުބެލެވޭނެއެވެ.  

 

70 ވަނަ މާއްދާ - ގާނޫނީ ށަހްސަކުން ގާނޫނާ ހިލާފުވުން

(ހ) މި ގާނޫނާ ހިލާފު އަމަލެއްކޮށްފިައިވާނީ ގާނޫނީ ށަހްސަކުންނަމައެ ގާނޫނީ ށަހްސަކާއި، އެ އަމަލުކުރިއެރު އެ ށަހްސުގެ ވިޔަފާރި އާއޮ ހިންގުމާއެ މަސައްކަތަށް ޒިންމާވާ ނުވަތަ އެފަރާތުގެ މަސައްކަތް ހިންގުމުގެ ޒިންމާ ހަވާލުކޮށްފައިވާ ކޮންމެ ފަރާތަކުންވެސް މި ގާނޫނާ ހިލާފުވީކަމުގައި ބެލެވޭނެއެވެ.  

(ށ) މި ގާނޫނާ ހިލާފު އަމަލު ހިންގާފައިވާނީ އެ އަމަލު ހިނގިޔަނުދިނުމަށް މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތްތަކުން އެކަށީގެންވާ މިންވަރަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ކުކުރަންޖެހޭ ހުރިހާ ކަމެއް ކޮށްފައިވާަނ ކޮށް، އެފަރާތުގެ ރުހުމަކާ ނުލައި ނުވަތަ ނުރަނގަޅު ބައިވެރިވުމަކާ ނުލައިކަން ސާބިތުކޮށްދީފ ނަމަ، އެފަރާތަކުންމި ގާނޫނާ ހިލާފުވީކަމުގައެއް ނުބެލެވޭނެއެވެ.  

 

 

ދިހަވަނަ ބާބު

އެހެނިހެން

 

71 ވަނަ މާއްދާ - ރައްކާތެރި ކޮށްފައިވާ މައުލޫމާތު ހާމަނުކުރެވޭނޭ ފަރާތްތައް

(ހ) މި ގާނޫނުގެ ދަށުން އިންސްޕެކްޓަރުން އެ މީހުންގެ މަސްއޫލިއްޔަތު އަދާކުރާކުރުމުގައި އެހެން ފަރާތަކާ ގުޅޭގޮތުން ރައްކާތެރި ކޮށްފައިވާ މައުލޫމާތެއް ލިބިފައިިވާނަމަ، އެފަދަ މައުލޫމާތެއް އަންނަނިވި ހާލަތްތަކުގައި މެނުވީ އެހެން ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ.

  1. އެފަދަ މައުލޫމާތެއް ހާމަކުރުމުގެ ހުއްދަ އެ މައުލޫމާތާގުޅޭ ފަރާތަކުން ލިޔުމުން ދިނުން، ނުވަތަ 
  2. އެފަދަ މައުލޫމާތެއް ހާމަކުރަނީ މި ގާނޫނު ހިންގުމުގެ ނުވަތަ ތަންފީޒުކުރުމުގެ ބޭނުމަށް، ކަމާބެހޭ ފަރާތަކަށް ކަމުގައިވުން؛ ނުވަތަ
  3. އެފަދަ މައުލޫމާތެއް ހާމަކުރަނީ އެ މައުލޫމާތު ކޯޓަކަށް ނުވަތަ ޓްރައިބިއުނަލަކަށް ނުވަތަ އޮތޯރިޓީއަށް ނުވަތަ ގާނޫނީ ބާރު ލިބިފައިިވާ އެހެން ފަރާތެއްގެ އެންގުމަކަށް، އެފަދަ ފަރާތަކަށް ޖަވާބުދާރީވުމަށްކަމުގައިވުން.

(ށ) މި މާއްދާގެ (ހ) އާ ހިލާފުވާ ފަރާތެއްގެ އަދަބަކީ، ކަމުގެ ކުޑަބޮޑު މިނަށްބަލައި 5,000 (ފަސްހާސް) ރުފިޔާއާއި 20,000 (ވިހިހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.  

(ނ) މި މާއްދާގެ ބޭނުމަށްޓަކައި، އިންސްޕެކްޓަރެއްގެ ހައިސިއްޔަތުން ނުވަތަ އިންސްޕެކްޓަރެއްގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެ މީހަކަށް ލިބިފައިިވާ ނުވަތަ އެ މީހެއްގެ ކޮންޓްރޯލްގެ ދަށުގައިވާ ރިކޯޑެއް ނުވަތަ ލިޔުމެއް ނުވަތަ އެހެންވެސް ސިއްރުކުރ ވަޒީފާ މައުލޫމާތެއް އެހެން މީހަކަށް ލިބުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ނުވަތަ ފަހިކޮށްދީފައި އޮތުމަކީވެސް އެއީ ރައްކާތެރިކުރެވިފައިވާ މައުލޫމާތު ހާމަކުރުންކަމުގައި ބެލޭނެއެވެ.  

(ރ) މި މާއްދާގައި "ރައްކާތެރިކުރެވިފައިވާ މައުލޫމާތު" ކަމަށް ބުނެފައި އެވަނީީ، މީހުންގެ ޒާތީ މައުލޫމާތާއި، އެ މައުލޫމާތެއް ހާމަކުރުމުގެ ސަބަބުން އެ މައުލޫމާތަކާ ގުޅޭ ފަރާތެއްގެ ވިޔަފާރިީގ ސިއްރެއް ހާމަވެދާނެ ކަމަށް އެކަށީގެންވާ ގޮތެއްގައި ގަބޫލުކުރެވޭ ނުވަތައެފަރާތަކުން ކުރާ ވިޔަފާރިީގ ގުޅުންތަކަށް ނޭދެވޭ އަސަރެއް ކޮށްފާނެ ކަމަށް ގަބޫލުކުރެވޭ ފަދަ މައުލޫމާތަށެވެ.

 

72 ވަނަ މާއްދާ - ރިކޯޑު ބެލެހެއްޓުން

އަންނަނިވި ކަންކަމުގެ ރިކޯޑު ބަލަހައްޓައި، އަހަރަކު އެއްފަހަރު ޑިރެކްޓަރ ޖެނެރަލް އެ ރިކޯޑުތައް އާންމުކުރަންވާނެއެވެ.  

(ހ) މި ގާނޫނުގެ ދަށުން އަޅާފައިވާ ފިޔަވަޅުތައް؛

(ށ) އޮތޯރިޓީއަށް ރިޕޯޓުކޮށްފައިވާ ނުވަތަ އޮތޯރިޓީގެ ސަމާލުކަމަށްއައ ސްފައިވާ މަސައްކަތުގެ މާހައުލާ ގުޅުންހުރި އެކްސިޑެންޓް؛ އަދި

(ނ) އޮތޯރިޓީއަށް ރިޕޯޓުކޮށްފައިވާ ނުވަތަ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ، މަސައްކަތުގެ މާހައުލުގައި ނުވަތަ މަސައްކަތުގެ މާހައުލާ ގުޅުންހުރި ގޮތަށް ލިބިފައިިވާ އަނިޔާތަކާއި ފެތުރުނު ބަލިތައް

 

73 ވަނަ މާއްދާ - ގަވާއިދުތަކާއި މިންގަނޑުތައް ހެދުން

(ހ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތަކާއި މިންގަނޑުތަކާއި އުސޫލުތައް ހަދައެހެންގާނީ މިނިސްޓަރުގެ ލަފާގެ މަތިން އޮތޯރިޓީންނެވެ. މި ގޮތުން އަންނަނިވި ކަންކަން ހިމެނޭގޮތުން އޮތޯރިޓީން ގަވާއިދު ހަދަންވާނެއެވެ.  

  1. މަސައްކަތްކުރާ ތަންތަނުގެ އަލި، ވެންޓިލޭށަން، ފިނިހޫނުމިން، ސާފުތާހިރުކަން ފަދަ ކަންކަމާ ގުޅޭގޮތުން ހުންނަންޖެހޭ މިންގަނޑުތައް؛  
  2. މަސައްކަތްކުރާ ތަންތަނުގައި ސިއްހީ ފުރަތަމަ އެހީ ފޯރުކޮށްދިނުމަށް، ހެލްތު އެންޑް ސޭފްޓީ ޕޮލިސީގ އާންމު ދަށް މިންގަނޑުތައް؛  
  3. ނުރައްކާތެރި މެށިނަރީ އަދި ނުރައްކާތެރި މާއްދާ ގެންގުޅުމުގައި ސަމާލުވާންޖެހޭ ކަންކަމާއި ރައްކާތެރިކަމުގެ ގޮތުން ބޭނުންކުކުރަންޖެހޭ އާލާތްތަކާއި އަޅަންޖެހޭ ހެދުން؛
  4. މި ގާނޫނުގެ ދަށުން ހުއްދަ ދެވޭ އޮފިސަރުންނަށް ހުއްދަ ދިނުމުގައި އަމަލުކުރާނެެ އިޖުރާއަތުތައް؛  
  5. އެކްރެޑިޓްކޮށްފައިވާ ތަމްރީނުދޭ ފަރާތްތައް އެކްރެޑިޓްކުރުމުގައި އަމަލުކުރާނެެ ގޮތުގެ އިޖުރާއަތުތައް؛ 
  6. މި ގާނޫނުގެ ދަށުން ދޫކުރާ ލިޔެކިޔުންތަކަށް ދައްކަންޖެހޭ ފީ؛ 
  7. މަސައްކަތުގައި މުވައްޒަފުން ބޭނުންކުރާ މެށިނަރީއާއި، އިކުއިޕްމަންޓާއި، ޕްލާންޓުތަކާއި، އެހެނިހެން ތަކެތި ނުވަތަ މަސައްކަތްކުރާ ގޮތާ ގުޅިގެން ލިބޭ ޖިސްމާނީ އަނިޔާ ނުވަތަ ސިއްހަތަށް ލިބޭ އެނޫންވެސް ގެއްލުންތައް ހުއްޓުވުމަށް ނުވަތަ މަދުކުރުމަށް އެޅިދާނެ ފިޔަވަޅުތައް؛ 
  8. މަސައްކަތުގެ ތެރޭގައި މަސައްކަތްތެރިންނަށް ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމާގުޅޭ އުސޫލުތައް؛ އަދި 
  9. މި ގާނޫނުގެ ދަށުން އެކުލަވާލާަންޖެހޭ ރިޕޯޓުތައް އެކުލަވާލުމުގައ އަމަލުކުރާނެެ ގޮތުގެ އުސޫލުތައް.

(ށ) މި ގާނޫނުގެ ދަށުން އަންނަނިވި ކަންކަމާގުޅޭ މިންގަނޑުތައް، މިނިސްޓަރުގ ލަފާގެ މަތިން ޑިރެކްޓަރ ޖެނެރަލް އެކުލަވާލައި ދުވަހު ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ. އަދި މި މިންގަނޑުތައް ކޮންމެ ދެ އަހަރަކުން އެއްފަހަރު މުރާޖައާކޮށްދުވަހު ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ. 

  1. ރިޕޯޓުކުކުރަންޖެހޭ ނުރައްކާތެރި ހާދިސާތަކާއި އެކްސިޑެންޓްތައް؛  
  2. ރިޕޯޓުކުކުރަންޖެހޭ މަސައްކަތާ ގުޅުންހުރި ބަލިތައް؛
  3. މަސައްކަތްކުރާ ތަނެއްކަމުގައި ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތައް؛  
  4. މަސައްކަތުގެ މާހައުލުގައި ބޭނުންކުރާ ނުރައްކާތެރި މެށިނަރީ އަދި އިކުއިޕްމަންޓް؛ އަދި 
  5. މަސައްކަތުގެ މާހައުލުގައި ބޭނުންކުރާ ނުރައްކާތެރި މާއްދާކަމުގައި ބެލެވޭ މާއްދާތައް.

(ނ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތަކާއި މިންގަނޑުތަކާއި އުސޫލުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ހަދައި، ދުވަހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.  

 

74 ވަނަ މާއްދާ - އިންތިގާލީ މަރުހަލާ

މި ގާނޫނުގެ ދަށުން ވަޒީފާދޭ ފަރާތްތަކުން ކުރުން ލާޒިމުކޮށްފައިވާ އެންމެހައި ކަންކަން މި ގާނޫނަށް އަމަލުކުރަން ފަށާތާ 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި ފުރިހަމަކޮށް ނިންމަަންވާނެއެވެ.  

 

75 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދުވަހު ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.  

 

76 ވަނަ މާއްދާ - މާނަކުރުން

މި ގާނޫނުގައި ވަކި ލަފުޒެއް ނުވަތަ އިބާރާތައް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު، އެ ލަފުޒެއް ނުވަތަ އިބާރާތަކަށްދީފައި އެވަނީ، އެ ލަފުޒެއް ނުވަތަ އިބާރާތަކަށް ތިރީގައި ދީފައި އެވާ މާނަކުރުމެވެ.  

(ހ) "ވަޒީފާދޭ ފަރާތް" ކަމަށް ބުނެފައި އެވަނީީ، ފަޒީފާގެ އެއްބަސްވުމެއްގެ ދަށުން، މަސައްކަތެއް ކުރުމަށް ވަޒީފާދޭ ކޮންމެ މީހަކު، ނުވަތަ ކުންފުންޏެއް، ނުވަތަ ސަރުކާރު ނުވަތަ އަމިއްލަ ފަރާތްތަކަށެވެ. އަދި އެ މާނަކުރުމުގައި، މިނިވަން ނޫން ކޮންޓްރެކްޓަރުންގެ ހިދުމަތް ބޭނުންކުރާފަރާތްތަކާއި ވަޒީފާދޭ އެފަދަ ފަރާތްތަކުގެ ވާރިސުންނާއި، އެފަދަފަރާތްތަކުގެ ހައްގުތައް ގާނޫނީގޮތުން ނަގުލުވާ ފަރާތްތައްވެސް ހިމެނޭގޮތުންނެވެ.

(ށ) "މަސައްކަތްކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ، އެއްވެސް ފަރާތެއްގެ މުވައްޒަފެއް ނުވަތަ އެއްވެސް ފަރާތެއްގެ ވަޒީފާއެއްގައ ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކަށެވެ.  

(ނ) "އަމިއްލަ މަސައްކަތްކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީީ،އެފަރާތެއްގެ ވަޒީފާގައެ މުވައްޒަފުން ގެންގުޅުނުކަމުގައި ވިޔަސް ނުވަތަ ނުގެންގުޅުނުކަމުގައި ވިޔަސް، އެއްބަސްވުމެއްގެ ދަށުން ނޫންގޮތަކަށް މަންފާއެއް ހާސިލުކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށެވެ.  

(ރ) "މަސައްކަތްކުރާ ތަން" ކަމަށް ބުނެފައި އެވަނީ، ފެކްޓަރީވެސް ހިމެނޭގޮތުން، އެ ވަގުތަކަށް ނުވަތަ އާންމު ގޮތެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކުކުރަންޖެހޭ ތަނަށެވެ.  

(ބ) "ފެކްޓަރީ" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ކަންކަން ކުރުމަށް ވަޒީފާގައި މީހުން ގެންގުޅޭ ތަންތަނަށެވެ. 

  1. އެއްވެސް މުދަލެއް ނުވަތަ އެއްޗެއް، ގެންގުޅުން، ތަރުތީބުކުރުން،ބަންދުކުރުން، ރައްކާކުރުން، ބަދަލުގެނައުން، މަރާމާތުކުރުން، އުފައްދާުން ނުވަތަ ޕްރޮސެސްކުރުން؛
  2. އެއްވެސް ނުރައްކާތެރި މާއްދާއެއް ގެންގުޅުން، ތަރުތީބުކުރުން، ބަންދުކުރުން، ރައްކާކުރުން، ޕްރޮސެސްކުރުން، އުފައްދާުން ނުވަތަ ގެންގުޅުން؛ 
  3. އުޅަނދުފަހަރު އުފައްދައި، ބަނދެ ނުވަތަ މަރާމާތުކުރުން؛ 
  4. އިމާރާތެއް ހިންގުން (އޮޕަރޭޓް ކުރުން) ނުވަތަކޮންސްޓްރަކްށަން އިންޖިނިއަރިންގްގެ މަސައްކަތްކުރުން؛ އަދި 
  5. އެއްވެސް އާންމު ހިދުމަތެއްދޭ ތަނެއް ނުވަތަ ނިޒާމެއް (ސިސްޓަމެއް) ހިންގައި ބެލެހެއްޓުން.

(ޅ) "މަސައްކަތްކުރާ ތަން ހިންގާ ފަރާތް" ކަމަށް ބުނެފައި އެވަނީީ، އެ މީހަކީ އެތަނެއްގެ ވެރިފަރާތް ނުވަތަ ވެރިފަރާތެއްކަމުގައި ނުވިޔަސް، އޭނާގެ އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން މީހަކުއެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވުމުގެ ސަބަބުން، ތަނެއްގެ ހިންގުންނުވަތަ ކޮންޓްރޯލް ހަވާލުކުރެވިފައިވާ ފަރާތަށެވެ.  
(ކ) " މަސައްކަތުގައި" ކަމަށް ބުނެފައި އެވަނީ:

  1. މުވައްޒަފަކާ ގުޅޭގޮތުންނަމަ، ކޮންމެ ތަނެއްގައި މަސައްކަތްކުރި ނަމަވެސް، ވަޒީފާދޭ ފަރާތުގެ ވިޔަފާރި ނުވަތަ މަސައްކަތާ ގުޅޭގޮތުން މަސައްކަތުގައި ހޭދަކުރާ ކޮންމެ ވަގުތެއް؛  
  2. އަމިއްލަ މަސައްކަތްކުރާ ފަރާތަކާ ގުޅޭގޮތުންނަމަ، ކޮންމެ ތަނެއްގައި މަސައްކަތްކުރ ނަމަވެސް، އަމިއްލަ މަސައްކަތްކުރާ ފަރާތެއްގެ ހައިސިއްޔަތުން މަސައްކަތުގައި ހޭދަކުރާ ކޮންމެ ވަގުތެއް؛ 
  3. ބުނެވިދިޔަ ފަރާތްތައް ނޫން ފަރާތްނަމަ، ކޮންމެ ތަނެއްގައި މަސައްކަތްކުރ ނަމަވެސް، އެފަރާތާ އެ މަސައްކަތް ހަވާލުކުރި ފަރާތުގެ އިރުށާދުގެ ދަށުން މަސައްކަތުގައި ހޭދަކުރާ ކޮންމެ ވަގުތެއް.

(އ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީީ، ވަޒީފާއާ ބެހޭ ކަންކަން ރެގިއުލޭޓްކޮށް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކުރެވިފައިވާ ވުޒާރާގެ ވަޒީރަށެވެ.  

(ވ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީީ، ވަޒީފާއާ ބެހޭ ކަންތައްތައް ރެގިއުލޭޓްކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކުރ ވަޒީފާ ސަރުކާރުގެ ވުޒާރާއަށެވެ.  

(މ) "ލޭބަރ ރިލޭށަންސް އޮތޯރިޓީ" ނުވަތަ "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާ ބެހޭ ގާނޫނު) ގެ 79 ވަނަ މާއްދާގައި ބަޔާންކޮށްފައިިވާ ލޭބަރ ރިލޭށަންސް އޮތޯރިޓީއަށެވެ.  

(ފ) "މަސައްކަތްތެރިން" ނުވަތަ "މުވައްޒަފު" ކަމަށް ބުނެފައި އެވަނީީ، ވަޒީފާ އަދާކުރުމުގެ އެއްބަސްވުމެއްގެ ދަށުން ހިދުމަތްދޭ މީހާއަށެވެ. އަދި އޭގެ ތިރީގައި މިނިވަންނޫން ކޮންޓްރެކްޓަރާއ ވަޒީފާދޭ ފަރާތަށް ކުރިން މަސައްކަތްކޮށްދީފައިވާ މުވައްޒަފުންވެސް ހިމެނޭނެއެވެ.  

(ދ) "އެކްސިޑެންޓް" ކަމަށް ބުނެފައި އެވަނީ، މަސައްކަތުގެ މާހައުލުގައި ނުވަތަ މަސައްކަތުގައި ދިމާވާ ހާދިސާއެއްގެ ނަތީޖާއެއްގެ ގޮތުން ކުރިމަތި ވާ ފުރާނައަށް ނުރައްކާވާފަދަ އަނިޔާކުރިމަތި ވާ ނުވަތަ އެނޫންވެސް ނުރައްކާތެރި އަނިޔާ ލިބޭފަދަ ހާދިސާތަކަށެވެ.  

(ތ) "މަސައްކަތާ ގުޅުންހުރި ބަލި" ކަމަށް ބުނެފައި އެވަނީީ، މަސައްކަތުގެ ތިރީގައި ހުށަހެޅުުނު ނުރައްކަލެއްގެ ސަބަބުން ޖެހުނު ނުވަތަ ފެތުރުނުބައްޔަށެވެ.

(ލ) "ނުރައްކާތެރި ހާދިސާ" ކަމަށް ބުނެފައި އެވަނީީ، މަސައްކަތްކުރާ މީހަކަށް ނުވަތަ އާންމު މީހަކަށް، ހާނީއްކައެއް ނުވަތަ އަނިޔާއެއް ނުވަތަ ބައްޔައް ޖެހޭފަދަ ކަމެއްގެ ގޮތުގައި ގާނޫނަކުން ނުވަތަ ގަވާއިދަކުން ކަނޑައަޅާފައިވާ ނުވަތަ ފާހަގަކޮށްފައިވާ ކަމަކަށެވެ.  

(ގ) "އެކްރެޑިޓްކޮށްފައިވާ ތަމްރީނުދޭ ފަރާތް" ކަމަށް ބުނެފައި އެވަނީީ، މި ގާނޫނުގެ ދަށުން މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމާގުޅޭ ޓްރެއިނިންގ ހިންގުމަށް ޑިރެކްޓަރ ޖެނެރަލް އެކްރެޑިޓްކޮށްފައިވާ ފަރާތްތަކަށެވެ.  

(ޏ) "ޑިރެކްޓަރ ޖެނެރަލް" ނުވަތަ "ޑިރެކްޓަރ ޖެނެރަލް ފޯރ ވަރކް ޕްލޭސް ސޭފްޓީ އެންޑް ހެލްތު" ކަމަށް ބުނެފައި އެވަނީީ، މި ގާނޫނުގެ 18 މާއްދާގެ ދަށުން އައްޔަންކުރެވޭ ޑިރެކްޓަރ ޖެނެރަލް ފޯރ ވަރކް ޕްލޭސް ސޭފްޓީއެންޑް ހެލްތަށެވެެ. 

(ސ) "ހެލްތު އެންޑް ސޭފްޓީ އިންސްޕެކްޓަރުން" ކަމަށް ބުނެފައި އެވަނީީ، މި ގާނޫނުގެ 47 ވަނަ މާއްދާގެ ދަށުން އައްޔަންކުރެވޭ ހެލްތު އެންޑް ސޭފްޓީ އިންސްޕެކްޓަރުންނަށެވެ.  

(ޑ) "ހެލްތު އެންޑް ސޭފްޓީ އޮފިސަރ" ކަމަށް ބުނެފައި އެވަނީީ،މި ގާނޫނުގެ 29 މާއްދާގެ ދަށުން އައްޔަންކުރެވޭ ހެލްތު އެންޑް ސޭފްޓީ އޮފިސަރުންނަށެވެ.

(ޒ) "ވަރކް ޕްލޭސް ސޭފްޓީ އެންޑް ހެލްތް އެޑްވައިޒަރީ ކައުންސިލް" ނުވަތަ "ކައުންސިލް" ކަމަށް ބުނެފައި އެވަނީީ، މި ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން އެކުލަވާލާ ވަޒީފާ ކައުންސިލަށެވެ.  

(ޓ) "ލިފްޓް" ކަމަށް ބުނެފައި އެވަނީ، މުދަލާއެކު ނުވަތަ އެނޫން ގޮތަކަށް ނަމަވެސް، މީހުން އުފުލުމަށް (މައްޗަށް/ތިރިއަށް) ބޭނުންކުރެވޭ މެށިން ނުވަތަ އެއްޗަކަށެވެ.  

(ޔ) "ސިއްހީ ހިދުމަތްދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު  2015-13 (ސިއްހީ ހިދުމަތުގ ފަންނީ މަސައްކަތްތެރިންގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ސިއްހީ ހިދުމަތްތެރިންނަށެވެ.

(ޕ) "ސިއްހީ ހިދުމަތްދޭ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، ހިސްޕިޓަލްތަކާއި، ކްލިނިކްތަކާއި އެނޫންވެސް ސިއްހީ ފަރުވާއާއި ހިދުމަތްތައްދޭ ތަންތަނާއި މޯޗަރީ ހިމެނޭގޮތުންނެވެ.  

(ޖ) "ކުއްލި ނުރައްކަލުގެ ހާލަތު" ކަމަށް ބުނެފައި އެވަނީ، މަސައްކަތުގެ މާހައުލުގައި ދިމާވާ ކުއްލި ނުރައްކަލުގެ ހާލަތްތަކަށެވެ.  

(ޗ) "މިނިވަން ކޮންޓްރެކްޓަރު" ކަމަށް ބުނެފައި އެވަނީީ، މަސައްކަތް ހަވާލުކުރާ ފަރާތެއްގެ މުވައްޒަފެއްކަމުގައި ނުވާ، ހަމައެކަނި ވަކި މަސައްކަތެއް ކުރުމަށް އެއްބަސްވުމެއްގެ ދަށުން މަސައްކަތުގެ ދާއިރާއާއި ތަފްސީލުތަކާއި އުޖޫރަ ކަނޑައެޅިގެން މަސައްކަތް ހަވާލުކުރާ ފަރާތަށްސީދާ ނުވަތަ ތިންވަނަ ފަރާތް މެދުވެރި ކޮށް ހިދުމަތެއް ނުވަތަ މަސައްކަތެއް ކޮށްދޭ ފަރާތަކަށެވެ.

(ހހ) "ލޯކަލް ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އުފައްދާ ރަށު ކައުންސިލާއި، އަތޮޅު ކައުންސިލާއި، ސިޓީ ކައުންސިލުތަކަށެވެ.

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު