-

އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާބެހޭ ގާނޫނު

(ގާނޫނު ނަންބަރު 2022-23)

(މި ގާނޫނަށް އަމަލުކުރަން ފެށީ 18 ޑިސެމްބަރު 2022 ގައި)

(މި ގާނޫނުން ވަނީ ގާނޫނުގެ 50 ވަނަ މާއްދާއިން ވަނީ  ގާނޫނު ނަންބަރު 1992-07 އުވާލެވިފައި)

އެއްވަނަ ބާބު

ތައާރުފާއި މަގްސަދު

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގައި އުފަންވާ ކުދިންގެ އުފަންވުން ރަޖިސްޓަރީކުރުމާގުޅޭ އުސޫލުތަކާއި، ދިވެހިރައްޔިތުންގެ އުފަންދުވަހުގެ ސެޓްފިކެޓާއި ދިވެހިރައްޔިތެއްކަން އަންގައިދޭޭ ކާޑު ހެއްދުމާގުޅޭ އުސޫލުތަކާއި، ދިވެހިރާއްޖޭގައި މަރުވާ މީހުންގެ މަރު ސާބިތުކުރުމާއި ދިވެހިރާއްޖޭގައި މަރުވާ މީހުންގެ މަރުވުން ރަޖިސްޓަރީކުރުމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭޭ ކާޑު ހެއްދުމާބެހޭ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މި ގާނޫނުގެ މަގްސަދަކީ އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) ދިވެހިރާއްޖޭގައި އުފަންވާ ކުދިންނާއި ދިވެހިރާއްޖެއިން ބޭރުގައި ދިވެހިރައްޔިތަކަށް އުފަންވާ ކުދިން ގެ އުފަންވުން ރަޖިސްޓަރީކުރުމާގުޅޭ އުސޫލުތައް ކަނޑައެޅުން؛

(ށ) ދިވެހިރާއްޖޭގައި އުފަންވާ ކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމާގުޅޭ އުސޫލުތައް ކަނޑައެޅުން؛

(ނ) ދިވެހިރައްޔިތުންނަށް، ދިވެހިރައްޔިތެއްކަން އަންގައިދޭ ނަންބަރު ކަނޑައެޅުމާއި، ދިވެހިރައްޔިތެއްކަން އަންގައިދޭޭ ކާޑު ހައްދައިދިނުމާގުޅޭ އުސޫލުތައް ކަނޑައެޅުން؛

(ރ) ދިވެހިރާއްޖޭގައި މަރުވާ މީހުންގެ މަރު ސާބިތުކުރުމުގެ އުސޫލުތައް ކަނޑައެޅުން؛

(ބ) ދިވެހިރާއްޖޭގައި މަރުވާ މީހުންނާއި ދިވެހިރާއްޖެއިން ބޭރުގައި މަރުވާ ދިވެހިންގެ މަރު ރަޖިސްޓަރީކުރުމާގުޅޭ އުސޫލުތައް ކަނޑައެޅުން.

 

ދެވަނަ ބާބު

އުފަންވުން ރަޖިސްޓަރީކުރުން

 

3 ވަނަ މާއްދާ - ދިވެހިރާއްޖޭގައި އުފަންވާ ކުދިންނާއި ދިވެހިރާއްޖެއިން ބޭރުގައި ދިވެހިރައްޔިތަކަށް އުފަންވާ ކުދިންގެ އުފަންވުން ރަޖިސްޓަރީކުރުމަށް ލާޒިމުވުން

ދިވެހިރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކު އަދި ދިވެހިރާއްޖެއިން ބޭރުގައި ދިވެހިރައްޔިތަކަށް އުފަންވާ ކޮންމެ ކުއްޖަކު އުފަންވުމާއެކު، އެ ކުއްޖެއްގެ އުފަންވުން މި ގާނޫނުގައިވާ ގޮތުގެމަތިން ރަޖިސްޓަރީކުރުމަކީ، ކުއްޖާގެ މައިންބަފައިންގެ މައްޗަށް ލާޒިމުކަމެކެވެ. އަދި، ކުއްޖާގެ މައިންބަފައިން ނެތްނަމަ، އެ ވާޖިބު އަދާކުރާނީ ކުއްޖާގެ ބެލެނިވެރިޔާއެވެ.

 

4 ވަނަ މާއްދާ - ދިވެހިރާއްޖޭގައި އުފަންވާ ކުދިންގެ އުފަންވުން ރަޖިސްޓަރީކުރުމަށް ހުށަހެޅުން

(ހ) ދިވެހިރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކު އުފަންވާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި، އެ ކުއްޖެއްގެ އުފަންވުން ރަޖިސްޓަރީކުރުމަށްޓަކައި، އެ ކުއްޖާ އުފަންވި ރަށް ނުވަތަ ސިޓީގެ ކައުންސިލަށް ހުށަހަޅަންވާނެއެވެ.

(ށ) ކުއްޖަކު އުފަންވީ، މީހުން ދިރިއުޅޭ ރަށެއްގައި ނުވަތަ ސިޓީއެއްގައި ކަމުގައިނުވާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކުރާ މުއްދަތުގައި ކުއްޖާގެ އުފަންވުން ރަޖިސްޓަރީކުރުމަށްޓަކައި ހުށަހަޅާނީ، އެ ކުއްޖާ އެންމެ ފުރަތަމަ ގެންދެވޭ މީހުން ދިރިއުޅޭ ރަށް ނުވަތަ ސިޓީއެއްގެ ކައުންސިލަށެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގެ ބޭނުމަށްޓަކައި، މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ދިވެހިރާއްޖޭގައި އުފަންވާ ކުއްޖެއްގެ ފޫޅުމާ ފޯމު ފުރިހަމަކުރުމަށްފަހު ހުށަހެޅުމުން، އެ ކުއްޖެއްގެ އުފަންވުން ރަޖިސްޓަރީކުރަން ހުށަހެޅުނީ ކަމުގައި ބެލޭނެއެވެ.

 

5 ވަނަ މާއްދާ - ފޫޅުމާ ފޯމު ފުރިހަމަކުރުން

(ހ) ދިވެހިރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކު އުފަންވުމާއެކު، އެ ކުއްޖެއްގެ އުފަންވުމާގުޅޭ މައުލޫމާތު، އެކަމަށް ކަނޑައެޅިފައިވާ ފޫޅުމާ ފޯމު މެދުވެރިކޮށް ހުށަހަޅައި ރިކޯޑުކުރަންވާނެއެވެ.

(ށ) ކުއްޖަކު އުފަންވީ ސިއްހީ ހިދުމަތްދޭ މަރުކަޒެއްގައިނަމަ، ފޫޅުމާ ފޯމު ހުށަހަޅާނީ، އެ މަރުކަޒަކަށެވެ. އަދި އެ މަރުކަޒުގައި އެ ކުއްޖެއްގެ ފޫޅުމާ ފޯމު ފުރިހަމަކުރާނީ، އެ ކުއްޖެއް ވިއްސުމުގައި އެހީތެރިވެދިން ސިއްހީ މަސައްކަތްތެރިއެކެވެ.

(ނ) ކުއްޖަކު އުފަންވީ ސިއްހީ ހިދުމަތްދޭ މަރުކަޒެއްގައި ކަމުގައި ނުވިނަމަވެސް، އެ ކުއްޖާގެ ފޫޅުމާ ފޯމު ހުށަހަޅާނީ، އެ ކުއްޖާ އުފަންވި ރަށެއް ނުވަތަ ސިޓީއެއްގެ ސިއްހީ ހިދުމަތްދޭ މަރުކަޒަކަށެވެ.

(ރ) ކުއްޖަކު އުފަންވީ، މީހުން ދިރިއުޅޭ ރަށެއްގައި ނުވަތަ ސިޓީއެއްގައި ކަމުގައިނުވާނަމަ، އެ ކުއްޖާގެ ފޫޅުމާ ފޯމު ހުށަހަޅާނީ، އެ ކުއްޖާ އެންމެ ފުރަތަމަ ގެންދެވޭ މީހުން ދިރިއުޅޭ ރަށް ނުވަތަ ސިޓީއެއްގެ ސިއްހީ ހިދުމަތްދޭ މަރުކަޒަކަށެވެ.

(ބ) މި މާއްދާގެ (ނ) އަދި (ރ) ގައި ބަޔާންކުރާ ހާލަތުގައި، ކުއްޖާގެ ފޫޅުމާ ފޯމު ފުރިހަމަކުރާނީ، އެ ކުއްޖާ ގެންދެވޭ ސިއްހީ ހިދުމަތްދޭ މަރުކަޒެއްގައި އެ ކުއްޖާ ބެލި ސިއްހީ މަސައްކަތްތެރިއެކެވެ.

(ޅ) މި މާއްދާގެ (ށ)، (ނ) އަދި (ރ) އެހެން އޮތްނަމަވެސް، ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނުގައި ބަޔާންކުރާ ކަމާބެހޭ ކައުންސިލުން ދޫކުރާ ލައިސަންސް ނުވަތަ ހުއްދަ ލިބިފައިވާ ފޫޅުމައިންގެ އެހީތެރިކަމާއެކު ސިއްހީ ހިދުމަތްދޭ މަރުޒަކެއް ފިޔަވައި އެހެން ތަނެއްގައި އުފަންވާ ކުދިންގެ ފޫޅުމާ ފޯމު، އެ ކުއްޖަކު ވިއްސި ފޫޅުމަޔަކު ފުރިހަމަކޮށް ހުށަހެޅުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.

(ކ) މި މާއްދާގެ (ށ)، (ނ) އަދި (ރ) ގައި ބަޔާންކުރާ ހާލަތުގައި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުން ފޫޅުމާ ފޯމު ފުރިހަމަކުރުމުގައި އަމަލުކުރަންވީ އުސޫލުތަކާއި، މި މާއްދާގެ (ޅ) ގައި ބަޔާންކުރާ ހާލަތުގައި ސިއްހީ ހިދުމަތްދޭ ތަނެއް ފިޔަވައި އެނޫން ތަނެއްގައި އުފަންވާ ކުދިންގެ ފޫޅުމާ ފޯމު ފުރިހަމަކުރުމުގައި އަމަލުކުރަންވީ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

6 ވަނަ މާއްދާ - ފޫޅުމާ ފޯމު އޮންނަންވީ ގޮތާއި އެ ފޯމުގައި ހިމެނޭ މައުލޫމާތު

(ހ) ކުއްޖެއްގެ އުފަންވުން ރަޖިސްޓަރީކުރުމަށް ހުށަހަޅާ ފޫޅުމާ ފޯމުގައި އަންނަނިވި މައުލޫމާތު ހިމެނެންވާނެއެވެ.

  1. އުފަން ތާރީހު؛
  2. އުފަންވި ވަގުތު؛
  3. އުފަންވި ތަން؛
  4. އުފަންވި އަތޮޅާއި ރަށް؛
  5. ކުއްޖާގެ ބަރުދަން؛
  6. ކުއްޖާގެ ޖިންސު؛
  7. ވިހ ގޮތް؛
  8. ވިހޭއިރު ބަނޑަށް ވީ ދުވަސް؛
  9. ކުއްޖާގެ މަންމަ އަދި ބައްޕަގެ މައުލޫމާތު؛
  10. ވިއްސި މީހާއާބެހޭ މައުލޫމާތު؛
  11. މައިމީހާގެ ކުރީގެ މާބަނޑުވުމުގެ މައުލޫމާތު؛ އަދި 
  12. މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެހެން މައުލޫމާތު

(ށ) ފޫޅުމާ ފޯމުގައި، އެ ކުއްޖެއްގެ މަންމައާއި ބައްޕަ އަދި ވިއްސި މީހާއާއި މައުލޫމާތު ދިން މީހާ ސޮއިކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، ކުއްޖާގެ ބައްޕަ ނެތްނަމަ، ނުވަތަ ކުއްޖާގެ ބައްޕައަށް ފޫޅުމާ ފޯމުގައި ސޮއިކުރެވެން ނެތް ހާލަތުގައި، އެ ކުއްޖާގެ ފޫޅުމާ ފޯމުގައި އެ ކުއްޖާގެ މަންމަ ސޮއިކޮށްފައިވާނަމަ، ނުވަތަ މަންމައަށް ފޫޅުމާ ފޯމުގައި ސޮއިކުރެވެން ނެތް ހާލަތުގައި ބެލެނިވެރިޔާ ސޮއިކޮށްފައިވާނަމަ، އެ ފޯމު ބަލައިގަނެވޭ ނެއެވެ.

(ރ) ފޫޅުމާ ފޯމު އޮންނަންވީ ގޮތުގެ ނަމޫނާ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

7 ވަނަ މާއްދާ - އުފަންވުމާގުޅޭ މައުލޫމާތު ކައުންސިލަށް ހުށަހެޅުން

ކުއްޖެއްގެ އުފަންވުމުގެ މައުލޫމާތު ރިކޯޑުކުރުމަށްޓަކައި މި ގާނޫނުގެ 5 ވަނަ މާއްދާގައިވާ ގޮތުގެމަތިން ފޫޅުމާ ފޯމު ފުރިހަމަކޮށް ސިއްހީ ހިދުމަތްދޭ މަރުކަޒަކަށް ހުށަހެޅުމާއެކު، އެ ފޯމުގައިވާ މައުލޫމާތު، އެ މަރުކަޒުން، އެ މަރުކަޒެއް ހުރި ރަށެއް ނުވަތަ ސިޓީއެއްގެ ކައުންސިލަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ހުށަހަޅަންވާނެއެވެ.

 

8 ވަނަ މާއްދާ - އުފަންވުން ރަޖިސްޓަރީކޮށްދިނުން

(ހ) ކުއްޖެއްގެ އުފަންވުމާ ގުޅޭ ގޮތުން މި ގާނޫނުގެ 7 ވަނަ މާއްދާގެ ދަށުން ކައުންސިލަށް ހުށަހެޅޭ މައުލޫމާތަށް ބިނާކޮށް، އެ މައުލޫމާތު ކައުންސިލަށް ހުށަހަޅާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި، ކައުންސިލުން އެ ކުއްޖެއްގެ އުފަންވުން ރަޖިސްޓަރީކޮށްދ ންވާނެއެވެ.

(ށ) ކުއްޖާ އުފަންވިއިރު ކުއްޖާގެ މައިންބަފައިންގެ ކައިވެނި ރޫޅިފައިވީނަމަވެސް، ދަރިލެއްވުމުގައި އަމަލުކުރުމަށް އާއިލާއާބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އަމަލުކުރެވެންދެންވެސް އެ ކުއްޖެއްގެ އުފަންވުން ރަޖިސްޓަރީކޮށްދ ންވާނެއެވެ.

(ނ) އުފަންވުން ރަޖިސްޓަރީކުރުމަށް ހުށަހެޅޭ ކުއްޖަކީ ކައިވެނީގެ ބޭރުން އުފަންވެފައިވާ ކުއްޖެއް ކަމުގައިވީނަމަވެސް، އެ ކުއްޖެއްގެ އުފަންވުން ރަޖިސްޓަރީކޮށްދޭންވާނެއެވެ.

(ރ) މި މާއްދާގެ ދަށުން ކައުންސިލުން ކުއްޖެއްގެ އުފަންވުން ރަޖިސްޓަރީކޮށްދ ހާލަތުގައި، މި ގާނޫނުގެ 9 ވަނަ މާއްދާގެ ދަށުން ކައުންސިލުން ބަލަހައްޓާ އުފަންވުމުގެ ރަޖިސްޓަރީގައި، އެ ކުއްޖެއްގެ އުފަންވުމާގުޅޭ މައުލޫމާތު ހިމަނަންވާނެއެވެ.

 

9 ވަނަ މާއްދާ - އުފަންވުމުގެ ރަޖިސްޓަރީ

(ހ) ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއް ނުވަތަ ސިޓީއެއްގެ ކައުންސިލުން، އެ ކައުންސިލެއް ނިސްބަތްވާ ރަށެއް ނުވަތަ ސިޓީއެއްގައި އުފަންވާ އެންމެހައި ކުދިންގެ އުފަންވުމުގެ މައުލޫމާތު އެކުލެވ ރަޖިސްޓަރީއެއް ލިޔެ ބަލަހައްޓަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އުފަންވުމުގެ ރަޖިސްޓަރީގައި، އުފަންވުން ރަޖިސްޓަރީކުރެވ ކުއްޖަކާގުޅޭ އަންނަނިވި މައުލޫމާތު ރިކޯޑުކޮށްފައި އޮންނަންވާނެއެވެ.

  1. އުފަންވި ތާރީހާއި ވަގުތު؛
  2. އުފަންވި ތަން؛
  3. ކުއްޖާގެ ޖިންސު؛
  4. ކުއްޖާގެ މަންމައާއި ބައްޕަގެ މައުލޫމާތު؛ އަދި 
  5. މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ، ކުއްޖާގެ އުފަންވުމާގުޅޭ އިތުރު މައުލޫމާތު.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އުފަންވުމުގެ ރަޖިސްޓަރީ އެކުލަވާލައި ބެލެހެއްޓުމާގުޅޭ އުސޫލުތަކާއި، އެ ރަޖިސްޓަރީގައި ހިމެނޭ ވަކި ކުއްޖަކާގުޅޭ މައުލޫމާތުގެ ރިކޯޑު، އެ ކުއްޖާގެ ބެލެނިވެރިންނަށް ދޫކުރުމުގައި އަމަލުކުރާނެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

10 ވަނަ މާއްދާ - އުފަންވުމުގެ ރަޖިސްޓަރީގައި ހިމެނޭ މައުލޫމާތަށް އުނިއިތުރު ގެނައުން

(ހ) މި ގާނޫނުގެ 9 ވަނަ މާއްދާގައި ބަޔާންކުރާ ރަޖިސްޓަރީގައި ހިމެނޭ މައުލޫމާތަކަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަ ނުވަތަ އެއިން މައުލޫމާތެއް އިސްލާހުކުރަން ޖެހިއްޖެނަމަ، އެފަދަ އުނިއިތުރެއް ގެނެވޭނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން، އަދި އެ ގަވާއިދުގައި ބަޔާންކުރާ ހާލަތްތަކުގައި، ކަމާބެހޭ ކައުންސިލަކަށެވެ.

(ށ) މި ގާނޫނުގެ 9 ވަނަ މާއްދާގައި ބަޔާންކުރާ ރަޖިސްޓަރީގައި ހިމެނޭ މައުލޫމާތަކަށް މި މާއްދާގެ ދަށުން އުނިއިތުރު ގެނެވޭ ކޮންމެ ފަހަރަކު އެކަން ރިކޯޑުކޮށް، އެ މައުލޫމާތަށް އުނިއިތުރު ގެނެވުނު ސަބަބާއި ތާރީހު އެނގޭނެ ގޮތަށް ރިކޯޑުކުރަންވާނެއެވެ.

(ނ) މި ގާނޫނުގެ 9 ވަނަ މާއްދާގައި ބަޔާންކުރާ ރަޖިސްޓަރީގައި ހިމެނޭ މައުލޫމާތުގެ ތެރެއިން، ލިޔުމުގައިވާ ކުށެއް އިސްލާހުކުރުން ފިޔަވައި އެނޫން މައުލޫމާތަކަށް އުނިއިތުރު ގެނައުމަށް އެދި އެއްވެސް ފަރާތަކުން ހުށަހަޅައިފިނަމަ، އެ މައުލޫމާތަކީ ސައްހަ މައުލޫމާތެއްކަން ސާބިތުކުރެވޭނެ ގާނޫނީ ލިޔުމެއްގެ މައްޗަށް ބިނާކޮށް މެނުވީ، އެފަދަ މައުލޫމާތަކަށް އުނިއިތުރު ގެނެސްގެން ނުވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ބޭނުމަށްޓަކައި، މައުލޫމާތުގެ ސައްހަކަން ސާބިތުކުރެވޭނެ ގާނޫނީ ލިޔުމަކީ ކޮބައިކަން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

11 ވަނަ މާއްދާ - އުފަންވުމަށްފަހު ދޫކޮށްލާފައިވަނިކޮށް ފެންނަ ކުދިންގެ މައުލޫމާތު ރިޕޯޓުކުރުމާއި އެފަދަ ކުދިންގެ އުފަންވުން ރަޖިސްޓަރީކުރުން

(ހ) ދިވެހިރާއްޖޭގައި އުފަންވާ ކުއްޖަކީ، އެ ކުއްޖެއްގެ މައިންބަފައިންނާއި އެ ކުއްޖާ އުފަންވި ވަކި ތަނެއް ނޭނގޭ ގޮތަށް، އަޅާލާނެ ފަރާތެއް ނެތި، އާންމު ތަނަކަށް ނުވަތަ އެނޫން ތަނަކަށް ދޫކޮށްލާފައިވަނިކޮށް ފެނިފައިވާ ކުއްޖެއްނަމަ، އެފަދަ ކުއްޖެއްގެ މައުލޫމާތު، ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާއަށް ނުވަތަ ފުލުހުންނަށް ނުވަތަ އެ ރަށެއް ނުވަތަ ސިޓީއެއްގެ ކައުންސިލަށް ވަގުތުން އަންގައި، ސިއްހީ ހިދުމަތްދޭ މަރުކަޒަކަށް އެ ކުއްޖާ ގެންދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ރިޕޯޓުކުރެވ ކުދިންގެ މައިންބަފައިން ދެނެގަނެވެންދެން އެ ކުދިން ތިބޭނީ ދައުލަތުގެ ބެލުމުގެ ދަށުގައެވެ.

(ނ) މި ގާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ މުއްދަތުގައި މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުއްޖަކު ހުރީ ދައުލަތުގެ ބެލުމުގެ ދަށުގައި ކަމަށްވާނަމަ، އެ މުއްދަތުގެ ތެރޭގައި، ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާއިން އެ ކުއްޖާގެ އުފަންވުން ވަގުތީގޮތުން ރަޖިސްޓަރީކުރަންވާނެއެވެ.

(ރ) މި މާއްދާގެ ދަށުން ކުއްޖެއްގެ އުފަންވުން ރަޖިސްޓަރީކުރާނީ، މި ގާނޫނުގެ 5 ވަނަ މާއްދާގެ (ނ)، (ރ) އަދި (ބ) ގެ ދަށުން ފޫޅުމާ ފޯމު ހުށަހެޅުމާއެކު، މި ގާނޫނުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ކުއްޖާ ފެނުނު ރަށް ނުވަތަ ސިޓީގެ ކައުންސިލުގައި، ނުވަތަ އެ ކުއްޖާ އުފަންވީ މީހުން ދިރިއުޅޭ ރަށެއް ނުވަތަ ސިޓީއެއްގައި ކަމުގައިނުވާނަމަ، އެ ކުއްޖާ އެންމެ އަވަހަކަށް ގެންދެވޭ މީހުން ދިރިއުޅޭ ރަށް ނުވަތަ ސިޓީއެއްގެ ކައުންސިލުގައެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން ކުއްޖެއްގެ އުފަންވުން ރަޖިސްޓަރީކުރުމުގައި އެ ކުއްޖާ އުފަންވި ތަނުގެ މައުލޫމާތުގެ ގޮތުގައި ހިމަނާނީ އެ ކުއްޖާ ފެނުނު ތަނުގެ މައުލޫމާތެވެ. ނުވަތަ އެ ކުއްޖާ އުފަންވީ އެނޫން ތަނެއްގައި ކަމުގެ ހެކި ލިބިފައިވާނަމަ، އެ ތަނެއްގެ މައުލޫމާތެވެ.

(ޅ) މި މާއްދާގެ ދަށުން ކުއްޖެއްގެ އުފަންވުން ރަޖިސްޓަރީކުރުމުގައި އެ ކުއްޖާގެ އުފަން ތާރީހުކަމުގައި، އެނޫންގޮތަކަށް ސާބިތުނުވާހާ ހިނދަކު ބަޔާންކުރަންވާނީ އެ ކުއްޖާ އުފަންވިކަމަށް އެ ކުއްޖާ ބެލި ސިއްހީ މަސައްކަތްތެރިޔާއަށް ގަބޫލުކުރެވ ތާރީހެވެ.

(ކ) މި މާއްދާގެ ދަށުން ވަގުތީގޮތުން އުފަންވުން ރަޖިސްޓަރީކުރެވ ކުދިންގެ އުފަންވުން ރަޖިސްޓަރީކުރުމަށް ބޭނުންވާނެ މައުލޫމާތު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(އ) މި މާއްދާގެ ދަށުން ވަގުތީގޮތުން އުފަންވުން ރަޖިސްޓަރީކުރެވ ކުއްޖެއްގެ މަންމަ ނުވަތަ ބައްޕަ، ނުވަތަ މައިންބަފައިން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ މުއްދަތުގައި ދެނެގަނެވުމާއެކު، އެ ކުއްޖާގެ އުފަންވުމުގެ ރަޖިސްޓަރީގައިވާ މައުލޫމާތު، ކައުންސިލުން އިސްލާހުކުރަންވާނެއެވެ.

(ވ) މި މާއްދާގެ ދަށުން ވަގުތީގޮތުން އުފަންވުން ރަޖިސްޓަރީކުރެވ ކުއްޖެއްގެ މަންމަ ނުވަތަ ބައްޕަ، ނުވަތަ މައިންބަފައިންގެ މައުލޫމާތު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ވަކި މުއްދަތަކަށްފަހުގައިވެސް ހޯދިފައިނުވާނަމަ، މި މާއްދާގެ (ބ) ގެ ދަށުން އެ ކުއްޖާގެ ރަޖިސްޓަރީގައި ހިމަނާފައިވާ މައުލޫމާތަކީ ދާއިމީގޮތެއްގައި އެ ކުއްޖާގެ ރަޖިސްޓަރީގައި ހިމެނޭ މައުލޫމާތުކަމުގައި ބެލޭނެއެވެ.

(މ) މި މާއްދާގެ (ވ) އެހެން އޮތްނަމަވެސް، މި މާއްދާގެ ދަށުން ވަގުތީގޮތުން އުފަންވުން ރަޖިސްޓަރީކުރެވ ކުއްޖެއްގެ އުފަންވުމާގުޅޭ ސައްހަ މައުލޫމާތު ލިބިފައިވާ ފަރާތަކުން އެފަދަ މައުލޫމާތެއް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ހުށަހަޅައިފިނަމަ، އެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު، އެ ކުއްޖާގެ އުފަންވުމުގެ ރަޖިސްޓަރީގައިވާ މައުލޫމާތު ކައުންސިލުން އިސްލާހުކުރަންވާނެއެވެ.

(ފ) މި މާއްދާގެ (މ) ގެ ދަށުން ކުއްޖެއްގެ އުފަންވުމުގެ ރަޖިސްޓަރީގައިވާ މައުލޫމާތު އިސްލާހުކުރުމުގައި އަމަލުކުރާނެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

12 ވަނަ މާއްދާ - ފުރާނަނެތި އުފަންވާ ކުދިންނާއި ބައިގެންދިޔުމާއި އެބޯށަންގެ މައުލޫމާތު ރިކޯޑުކުރުން

(ހ) ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި ފަރުވާދެވ ބައިގެންދިޔުމާއި އެބޯށަންތަކުގެ މައުލޫމާތާއި، އެފަދަ މަރުކަޒުތަކުގައި އުފަންވާ ކުދިންގެ ތެރެއިން ފުރާނަނެތި އުފަންވާ ކުދިންގެ މައުލޫމާތު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެ މަރުކަޒުތަކުން ރިކޯޑުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މައުލޫމާތު ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި ރިކޯޑުކުރާނީ، އެކަމަށް ކަނޑައެޅިފައިވާ ފޯމު ނުވަތަ ފޯމުތައް މެދުވެރިކޮށެވެ.

(ނ) މި މާއްދާގެ ދަށުން ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުން ރިކޯޑުކުރާ މައުލޫމާތު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓްރީއަށާއި ޑިޕާޓްމަންޓް އޮފް ނޭށަނަލް ރެޖިސްޓްރޭށަނަށް ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ ދަށުން ރިކޯޑުކުރަންޖެހ މައުލޫމާތާއި، އެ މައުލޫމާތު ރިކޯޑުކުރަންވީ ގޮތާއި، އެ މައުލޫމާތު މިނިސްޓްރީއަށާއި ޑިޕާޓްމަންޓް އޮފް ނޭށަނަލް ރެޖިސްޓްރޭށަނަށް ފޮނުވުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

13 ވަނަ މާއްދާ - ދިވެހިރާއްޖެއިން ބޭރުގައި ދިވެހިރައްޔިތަކަށް އުފަންވާ ކުދިންގެ އުފަންވުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރުން

(ހ) ދިވެހިރާއްޖެއިން ބޭރުގައި ދިވެހިރައްޔިތުންނަށް އުފަންވާ ކުދިންގެ އުފަންވުން، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރަންވާނެއެވެ.

(ށ) ދިވެހިރާއްޖެއިން ބޭރުގައި ދިވެހިރައްޔިތަކަށް ކުއްޖަކު އުފަންވެއްޖެނަމަ، އެ ކުއްޖާ އުފަންވި ގައުމެއްގައި، އުފަންވުން ރަޖިސްޓަރީކުރުމާ ގުޅޭ ގޮތުން ކަނޑައެޅިފައިވާ ގާނޫނުތަކުގެ ދަށުން އެ ކުއްޖެއްގެ އުފަންވުން ރަޖިސްޓަރީކޮށް، އެ ކުއްޖާގެ އުފަންވުމާބެހޭ މައުލޫމާތު އެނގޭނެ ފަދަ ރަސްމީ ލިޔުމެއް އެ ތަނަކުން ހޯދަންވާނެއެވެ.

(ނ) ދިވެހިރާއްޖެއިން ބޭރުގައި އުފަންވާ ކުއްޖަކީ އާންމު ގޮތެއްގައި ދިވެހިރާއްޖޭގައި ދިރިއުޅޭ ދިވެހިރައްޔިތަކަށް އުފަންވި ކުއްޖެއް ކަމުގައިވާނަމަ، އެ ކުއްޖާ ދިވެހިރާއްޖެއަށް އެނބުރި އަންނަތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި، އެ ކުއްޖާގެ އުފަންވުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރުމަށްޓަކައި ހުށަހަޅަންވާނެއެވެ.

(ރ) ދިވެހިރާއްޖެއިން ބޭރުގައި އުފަންވާ ކުއްޖަކީ ދިވެހިރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިރައްޔިތަކަށް އުފަންވި ކުއްޖެއް ކަމުގައިވާނަމަ، އެ ކުއްޖެއްގެ އުފަންވުން އެ ކުއްޖާ އުފަންވާ ގައުމުގައި ރަޖިސްޓަރީކުރާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، އެ ކުއްޖާގެ އުފަންވުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރުމަށް ޓަކައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ކުއްޖާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ބެލެނިވެރިޔާ ހުށަހަޅަންވާނެއެވެ.

(ބ) މި މާއްދާގެ (ނ) ނުވަތަ (ރ) ގެ ދަށުން ކުއްޖެއްގެ އުފަންވުން ރަޖިސްޓަރީކުރުމަށް ހުށަހަޅާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިދާރާއަކަށެވެ.

 

14 ވަނަ މާއްދާ - އުފަންވުން ރަޖިސްޓަރީކުރެވޭ ކުދިންގެ މައުލޫމާތު ޑިޕާޓްމަންޓަށް ހުށަހެޅުމާއި ޑިޕާޓްމަންޓުން އެ މައުލޫމާތު ހިއްސާކުރުން

(ހ) މި ބާބުގެ ދަށުން ކަމާބެހޭ ކައުންސިލުން އުފަންވުން ރަޖިސްޓަރީކޮށްދ ކުދިންގެ މައުލޫމާތު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެ ކައުންސިލަކުން ޑިޕާޓްމަންޓް އޮފް ނޭށަނަލް ރެޖިސްޓްރޭށަނަށް ހުށަހަޅަންވާނެއެވެ.

(ށ) މި ގާނޫނުގެ 9 ވަނަ މާއްދާގައި ބަޔާންކުރާ ރަޖިސްޓަރީގައި ހިމެނޭ މައުލޫމާތަކަށް، މި ގާނޫނުގެ 10 ވަނަ މާއްދާގައިވާ ގޮތުގެމަތިން އުނިއިތުރު ގެނެވޭ ކޮންމެ ފަހަރަކު، ޑިޕާޓްމަންޓް އޮފް ނޭށަނަލް ރެޖިސްޓްރޭށަނުން ކަނޑައަޅާ އުސޫލެއްގެ މަތިން، ކައުންސިލުން އެ މައުލޫމާތު ޑިޕާޓްމަންޓަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން ޑިޕާޓްމަންޓް އޮފް ނޭށަނަލް ރެޖިސްޓްރޭށަނަށް ހުށަހަޅާ މައުލޫމާތު ކަމާގުޅޭުންހުރި ދައުލަތުގެ އިދާރާތަކަށް އެ ޑިޕާޓްމަންޓުން ހިއްސާކުރަންވާނެއެވެ.

 

ތިންވަނަ ބާބު

އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުން

 

15 ވަނަ މާއްދާ - އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުން

(ހ) ދިވެހިރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކު، ނުވަތަ ދިވެހިރާއްޖެއިން ބޭރުގައި ދިވެހިރައްޔިތަކަށް އުފަންވާ ކޮންމެ ކުއްޖަކު، އުފަންވާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، އެ ކުއްޖެއްގެ އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށް ހުށަހަޅާނީ، އެ ކުއްޖަކު އުފަންވި، ނުވަތަ އެ ކުއްޖެއްގެ މަންމަ ނުވަތަ ބައްޕަ ރަށްވެހިވެފައިވާ ރަށް ނުވަތަ ސިޓީގެ ކައުންސިލަށެވެ.

(ނ) ކުއްޖަކު އުފަންވީ ދިވެހިރާއްޖެއިން ބޭރުގައި ކަމަށްވާނަމަ، މި މާއްދާގެ (ހ) ގެ ދަށުން އެ ކުއްޖެއްގެ އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށް ހުށަހަޅާނީ، އެ ކުއްޖެއްގެ މަންމަ ނުވަތަ ބައްޕަ ރަށްވެހިވެފައިވާ ރަށުގެ ނުވަތަ ސިޓީގެ ކައުންސިލަށް ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިދާރާއަކަށެވެ.

(ރ) މި މާއްދާގައިވާ ގޮތުގެމަތިން އުފަންދުވަހުގެ ސެޓްފިކެޓް ހައްދަން ހުށަހެޅުމަކީ އެ ކުއްޖެއްގެ މަންމަ ނުވަތަ ބައްޕަގެ ޒިންމާއެކެވެ. އެއިން ފަރާތެއް ނެތްނަމަ، ކުއްޖާގެ އުފަންދުވަހުގެ ސެޓްފިކެޓް ހައްދަން ހުށަހަޅާނީ ކުއްޖާގެ ބެލެނިވެރިޔާއެވެ.

(ބ) ކުއްޖެއްގެ އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށް މި މާއްދާގެ (ހ) ގެ ދަށުން ކައުންސިލަކަށް ހުށަހެޅުމުން، އެ ކައުންސިލުން އެ ކުއްޖެއްގެ އުފަންދުވަހުގެ ސެޓްފިކެޓް ހައްދައިދޭނީ، މި ގާނޫނުގެ 16 ވަނަ މާއްދާގައި އެ ސެޓްފިކެޓް އޮންނަންވީ ގޮތް ކަމަށް ބަޔާންކޮށްފައިވާ ގޮތުގެމަތިން، އަދި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ޅ) މި މާއްދާގެ ދަށުން ކައުންސިލަކުން ހައްދައިދޭ އުފަންދުވަހުގެ ސެޓްފިކެޓް ވާންވާނީ ދާއިމީ ސެޓްފިކެޓަކަށެވެ. އަދި އެފަދައިން ހައްދައިދެވޭ ސެޓްފިކެޓެއް ހެއްދުމަށްފަހު އެ ސެޓްފިކެޓަށް އުނިއިތުރު ގެންނަންވާނީ، މި ގާނޫނުގެ 17 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.

(ކ) އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށް އެދި ހުށަހަޅާނެ ގޮތާއި، ހުށަހަޅަންޖެހ މައުލޫމާތާއި، އެ ސެޓްފިކެޓް ހައްދައިދިނުމުގައި ކައުންސިލުން އަމަލުކުރާނެ ގޮތުގެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

16 ވަނަ މާއްދާ - އުފަންދުވަހުގެ ސެޓްފިކެޓް އޮންނަންވީ ގޮތާއި އޭގައި ހިމެނޭ މައުލޫމާތު

(ހ) އުފަންދުވަހުގެ ސެޓްފިކެޓްގައި، އުފަންވުމުގެ ރަޖިސްޓަރީގައި ހިމަނަންޖެހޭ މައުލޫމާތުކަމުގައި މި ގާނޫނުގެ 9 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ މައުލޫމާތުގެ އިތުރުން، މި ގާނޫނުގެ 20 ވަނަ މާއްދާގައި ބަޔާންކުރާ ދިވެހިރައްޔިތެއްކަން އަންގައިދޭ ނަންބަރާއި، ކުއްޖާގެ ނަން ހިމަނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ކުއްޖާގެ ނަން އުފަންދުވަހުގެ ސެޓްފިކެޓްގައި ހިމެނޭނީީ، އެ ނަމަކީ މުސްލިމުންނަށް ކިޔުން އެކަށީގެންވާ ނަމެއްކަމަށް، ކަމާބެހޭ ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ އިދާރާއަކުން ކަނޑައަޅާ ފަރާތަކުން ފާސްކޮށްދީފައިވާ ނަމެއް ކަމުގައިވާނަމައެވެ.

(ނ) އުފަންދުވަހުގެ ސެޓްފިކެޓް އޮންނަންވާނީ ދިވެހި ބަހުންނާއި އިނގިރޭސި ބަހުންނެވެ. އެ ސެޓްފިކެޓް އޮންނަންވީ ގޮތުގެ ނަމޫނާ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

17 ވަނަ މާއްދާ - އުފަންދުވަހުގެ ސެޓްފިކެޓަށް އުނިއިތުރު ގެނައުން

(ހ) މި ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ކުއްޖަކަށް ހައްދައިދޭ އުފަންދުވަހުގެ ސެޓްފިކެޓެއްގައި ހިމަނާފައިވާ މައުލޫމާތާއި، މި ގާނޫނުގެ 9 ވަނަ މާއްދާގައި ބަޔާންކުރާ އުފަންވުމުގެ ރަޖިސްޓަރީގައި ހިމެނޭ މައުލޫމާތު ތައާރުޒުވާނަމަ، މި ގާނޫނުގެ 9 ވަނަ މާއްދާގައި ބަޔާންކުރާ ރަޖިސްޓަރީގައި ހިމެނޭ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު، އެ މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމާބެހޭ ކައުންސިލުން އެ ކުއްޖެއްގެ އުފަންދުވަހުގެ ސެޓްފިކެޓް އިސްލާހުކޮށްދ ންވާނެއެވެ.

(ށ) މި ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށްފަހު، އެ ސެޓްފިކެޓްގައިވާ މައުލޫމާތެއް ބަދަލުކުރުމަށް އެދޭ ހާލަތުގައި، އެފަދައިން ބަދަލުކުރަން އެދޭ މައުލޫމާތަކީ، މި ގާނޫނުގެ 9 ވަނަ މާއްދާގައި ބަޔާންކުރާ އުފަންވުމުގެ ރަޖިސްޓަރީގައި ހިމެނޭ މައުލޫމާތު ކަމުގައިވާނަމަ، އެއިން އެއްވެސް މައުލޫމާތަކަށް އިސްލާހެއް ގެނެވޭނީ، އެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރެވޭނެ ގާނޫނީ ލިޔުމެއް ކަމާބެހޭ ކައުންސިލަށް ހުށަހެޅުމުންނެވެ.

(ނ) އުފަންދުވަހުގެ ސެޓްފިކެޓެއްގައި ހިމެނޭ މައުލޫމާތުގެ ތެރެއިން ކުއްޖެއްގެ ނަން ބަދަލުކުރުމަށް ހުށަހަޅާނަމަ، އެފަދައިން ނަން އިސްލާހުކުރުމުގައި އަމަލުކުރަންވާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

(ރ) އުފަންދުވަހުގެ ސެޓްފިކެޓްގައި ހިމެނޭ މައުލޫމާތަށް ބަދަލު ގެނެވޭނެ ހާލަތްތަކާއި ގޮތްތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. އަދި އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހާލަތްތަކާއި އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިން ނޫން އެހެން ގޮތަކަށް، އުފަންދުވަހުގެ ސެޓްފިކެޓްގައި ހިމެނޭ އެއްވެސް މައުލޫމާތަކަށް އެއްވެސް ފަރާތަކުން ބަދަލު ގެނެސްގެން ނުވާނެއެވެ.

 

18 ވަނަ މާއްދާ - އަގަކާ ނުލައި އުފަންދުވަހުގެ ސެޓްފިކެޓް ހައްދައިދިނުން

ފުރަތަމަ ފަހަރަށް އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށް އެއްވެސް އަގެއް ނަގައިގެން ނުވާނެއެވެ. އެހެންނަމަވެސް، ސެޓްފިކެޓް ގެއްލިގެން ނުވަތަ ހަލާކުވެގެން އަލުން ސެޓްފިކެޓް ހައްދާ ހާލަތުގައި، އަދި އުފަންދުވަހުގެ ސެޓްފިކެޓްގައިވާ ކުއްޖާގެ ނަން އިސްލާހުކޮށްދިނުމަށް ކުއްޖާގެ ބެލެނިވެރިޔާ އެދިގެން އެ ސެޓްފިކެޓް އިސްލާހުކުރާ ހާލަތުގައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެކަށީގެންވާ ފީއެއް އެކަމަށް ނެގުމަކަށް މި ގާނޫނު ހުރަހެއްނާޅައެވެ.

 

19 ވަނަ މާއްދާ - އުފަންދުވަހުގެ ސެޓްފިކެޓްގެ މައުލޫމާތު ޑިޕާޓްމަންޓަށް ހުށަހެޅުން

މި ބާބުގެ ދަށުން އުފަންދުވަހުގެ ސެޓްފިކެޓް ހައްދައިދެވޭ ކުދިންގެ މައުލޫމާތާއި، މި ގާނޫނުގެ 17 ވަނަ މާއްދާގައިވާ ގޮތުގެމަތިން އުފަންދުވަހުގެ ސެޓްފިކެޓް އިސްލާހުކުރާ ހާލަތުގައި އެ ސެޓްފިކެޓަށް ގެންނަ ކޮންމެ އިސްލާހެއްގެ މައުލޫމާތު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ކަމާބެހޭ ރަށެއް ނުވަތަ ސިޓީއެއްގެ ކައުންސިލުން ޑިޕާޓްމަންޓް އޮފް ނޭށަނަލް ރެޖިސްޓްރޭށަނަށް ހުށަހަޅަންވާނެއެވެ.

 

ހަތަރުވަނަ ބާބު

ދިވެހިރައްޔިތެއްކަން އަންގައިދޭޭ ކާޑު ހެއްދުން

 

20 ވަނަ މާއްދާ - ދިވެހިރައްޔިތެއްކަން އަންގައިދޭ ނަންބަރު

(ހ) ދިވެހިރާއްޖޭގައި އަދި ދިވެހިރާއްޖެއިން ބޭރުގައި ދިވެހިރައްޔިތުންނަށް އުފަންވާ ކޮންމެ ކުއްޖެއްގެ އުފަންވުން މި ގާނޫނުގެ ދެވަނަ ބާބުގެ ދަށުން ރަޖިސްޓަރީކުރެވުމާއެކު، އެ ކުއްޖަކަށް ހާއްސަ، ދިވެހިރައްޔިތެއްކަން އަންގައިދޭ ނަންބަރެއް ދައުލަތުން ކަނޑައަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ނަންބަރަކީ، އެ ނަންބަރެއްގެ ވެރިފަރާތަށް ދާއިމީކޮށް، އެންމެ ފަހަރަކު ދޫކުރެވ ނަންބަރެކެވެ. އަދި އެ ނަންބަރަކީ، އެހެން ފަރާތަކަށް ބަދަލުކުރެވޭނެ ނުވަތަ އެހެން ފަރާތަކަށް ބޭނުންކުރެވޭނެ ނަންބަރެއް ނޫނެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ދިވެހިރައްޔިތެއްކަން އަންގައިދޭ ނަންބަރު ކަނޑައެޅުމުގައި އަމަލުކުރާނެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ރ) ދިވެހިރާއްޖޭގެ ސިޓިޒެންށިޕް ގާނޫނުވާ ގޮތުގެމަތިން ދިވެހިރައްޔިތުކަން ލިބޭ ބިދޭސީންނަށް، އެ ގާނޫނުގެ ދަށުން ދިވެހިރައްޔިތުކަން ލިބުމާއެކު، އެއިން ކޮންމެ ފަރާތަކަށް މި މާއްދާގައި ބަޔާންކުރާ ދިވެހިރައްޔިތެއްކަން އަންގައިދޭ ނަންބަރެއް ދައުލަތުން ކަނޑައަޅަންވާނެއެވެ.
 (ބ) މި މާއްދާގެ (ރ) ގެ ދަށުން ދޫކުރާ ދިވެހިރައްޔިތެއްކަން އަންގައިދޭ ނަންބަރަކީ، ދިވެހިރާއްޖޭގެ ސިޓިޒެންށިޕް ގާނޫނުގައިވާ ގޮތުގެމަތިން ދިވެހިރައްޔިތުކަން ލިބޭ ބިދޭސީންނަށް ހާއްސަކުރެވ ނަންބަރެކެވެ. އަދި އެ ނަންބަރަކީ، އެހެން ފަރާތަކަށް ބަދަލުކުރެވޭނެ ނުވަތަ އެހެން ފަރާތަކަށް ބޭނުންކުރެވޭނެ ނަންބަރެއް ނޫނެވެ.

(ޅ) ދިވެހިރާއްޖޭގެ ސިޓިޒެންށިޕް ގާނޫނުގައިވާ ގޮތުގެމަތިން ދިވެހިރައްޔިތުކަން ލިބޭ ބިދޭސީންނަށް މި މާއްދާގެ (ރ) ގެ ދަށުން ދިވެހިރައްޔިތެއްކަން އަންގައިދޭ ނަންބަރު ކަނޑައެޅުމުގައި އަމަލުކުރާނެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ކ) މި މާއްދާގެ (ހ) އަދި (ރ) ގައި ބަޔާންކުރާ ދިވެހިރައްޔިތެއްކަން އަންގައިދޭ ނަންބަރު ދޫކުރާނީ، ޑިޕާޓްމަންޓް އޮފް ނޭށަނަލް ރެޖިސްޓްރޭށަނުންނެވެ.

 

21 ވަނަ މާއްދާ - ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު

(ހ) މި ގާނޫނުގެ 20 ވަނަ މާއްދާގެ ދަށުން ކަނޑައެޅ ދިވެހިރައްޔިތެއްކަން އަންގައިދޭ ނަންބަރު ހިމެނޭ ގޮތުން ދޫކުރެވ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑެއް، ދިވެހި ކޮންމެ ރައްޔިތަކަށް ދައުލަތުން ދޫކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދިވެހިރައްޔިތެއްކަން އަންގައިދޭޭ ކާޑު ދޫކުރެވޭނީ، އެ ފަރާތަކީ، މި ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން އުފަންދުވަހުގެ ސެޓްފިކެޓް ހައްދާފައިވާ އަދި ދިވެހިރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމާބެހޭ ގާނޫނުގެ ދަށުން މީހުން ދިރިއުޅޭ ރަށެއް ނުވަތަ ސިޓީއެއްގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތެއް ކަމުގައިވާނަމައެވެ.

(ނ) ދިވެހިރައްޔިތެއްކަން އަންގައިދޭޭ ކާޑުގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ ނަންބަރު؛
  2. ފުރިހަމަ ނަން؛
  3. އުފަން ތާރީހު؛
  4. ޖިންސު؛
  5. ދާއިމީ އެޑްރެސް؛
  6. މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިތުރު މައުލޫމާތު.

(ރ) ދިވެހިރައްޔިތެއްކަން އަންގައިދޭޭ ކާޑުގައި، މި މާއްދާގެ (ނ) ގައި ބަޔާންކުރާ މައުލޫމާތުގެ އިތުރުން، ކާޑުގެ ވެރިފަރާތުގެ ސޮއި ނުވަތަ އިނގިލީގެ ނިށާން، އަދި އެ ފަރާތުގެ ފޮޓޯ ހިމަނަންވާނެއެވެ.

(ބ) ދިވެހިރާއްޖޭގެ ސިޓިޒެންށިޕް ގާނޫނުގައިވާ ގޮތުގެމަތިން ދިވެހިރައްޔިތުކަން ލިބޭ ބިދޭސީންނަށް، މި ގާނޫނުގެ 20 ވަނަ މާއްދާގައި ބަޔާންކުރާ ދިވެހިރައްޔިތެއްކަން އަންގައިދޭ ނަންބަރު ހިމެނޭ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑެއް ދައުލަތުން ދޫކުރަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގެ ދަށުން ދޫކުރާ ކާޑުގައި، މި މާއްދާގެ (ނ) އާއި (ރ) ގައި ބަޔާންކުރާ މައުލޫމާތުގެ އިތުރުން، އެ ފަރާތަށް ދިވެހިރައްޔިތުކަން ލިބުނު ތާރީހު ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ކ) ދިވެހިރާއްޖޭގެ ސިޓިޒެންށިޕް ގާނޫނުގައިވާ ގޮތުގެމަތިން ދިވެހިރައްޔިތުކަން ލިބޭ ބިދޭސީންނަށް ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހައްދައިދިނުމުގައި، ދިވެހިރައްޔިތުންނަށް އުފަންވާ ދަރިންނަށް ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހައްދައިދިނުމާ ގުޅޭ ގޮތުން މި ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކެއް ނުހިނގާނެއެވެ. އެފަދަ ފަރާތްތަކަށް ކާޑު ހައްދައިދިނުމުގައި އަމަލުކުރާނީ، ދިވެހިރާއްޖޭގެ ސިޓިޒެންށިޕް ގާނޫނާ ހިލާފުނުވާ ގޮތުގެމަތިން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(އ) މި މާއްދާގެ (ހ) އާއި (ބ) ގެ ދަށުން ދޫކުރާ ދިވެހިރައްޔިތެއްކަން އަންގައިދޭޭ ކާޑު އޮންނަންވާނީ ދިވެހި ބަހުންނާއި އިނގިރޭސި ބަހުންނެވެ. އެ ކާޑު އޮންނަންވީ ގޮތުގެ ނަމޫނާ، މި ގާނޫނުގެ ދަށުން ޑިޕާޓްމަންޓް އޮފް ނޭށަނަލް ރެޖިސްޓްރޭށަނުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

22 ވަނަ މާއްދާ - ކާޑުގެ ހައިސިއްޔަތު

(ހ) ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑަކީ، އެ ކާޑުގެ ވެރިފަރާތް އެއީ ކާކުކަން އަންގައިދޭ ފަރާތެއްކަން ބަޔާންކުރާ ދައުލަތުގެ ރަސްމީ ލިޔުމެކެވެ.

(ށ) ގާނޫނެއްގެ ދަށުން ކާކުކަން އަންގައިދޭ ލިޔުމެއް ހުށަހެޅުމަށް ލާޒިމުކޮށްފައިވާ ކޮންމެ ހާލަތެއްގައި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހުށަހެޅުމުން، އެ ޒިންމާ އަދާކުރެވުނީ ކަމުގައި ބެލޭނެއެވެ.

 

23 ވަނަ މާއްދާ - ކާޑު ހެއްދުން

(ހ) ދިވެހިރައްޔިތެއްކަން އަންގައިދޭޭ ކާޑު ހެއްދުމަށް އެދި ހުށަހަޅާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ޑިޕާޓްމަންޓް އޮފް ނޭށަނަލް ރެޖިސްޓްރޭށަނަށެވެ.

(ށ) ދިވެހިރައްޔިތެއްކަން އަންގައިދޭޭ ކާޑު ހެއްދުމަށް ހުށަހަޅަންޖެހ ލިޔެކިޔުމާއި، ކާޑު ހައްދައިދިނުމުގައި އަމަލުކުރާނެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

24 ވަނަ މާއްދާ - އަގަކާ ނުލައި ކާޑު ހައްދައިދިނުން

ފުރަތަމަ ފަހަރަށް ދިވެހިރައްޔިތެއްކަން އަންގައިދޭޭ ކާޑު ހެއްދުމަށް އެއްވެސް އަގެއް ނަގައިގެން ނުވާނެއެވެ. އެހެންނަމަވެސް، މި ގާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތްތަކުގައި އަލުން ކާޑު ހެއްދުމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެކަށީގެންވާ ފީއެއް ނެގުމަކަށް މި ގާނޫނު ހުރަހެއްނާޅައެވެ.

 

25 ވަނަ މާއްދާ - ކާޑު އާކުރުން

(ހ) އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، އެކަން ވީއެންމެ އަވަހަކަށް ޑިޕާޓްމަންޓް އޮފް ނޭށަނަލް ރެޖިސްޓްރޭށަނަށް އަންގައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދިވެހިރައްޔިތެއްކަން އަންގައިދޭޭ ކާޑު އާކުރުމަށް އެދެންވާނެއެވެ.

  1. ކާޑު ވަގަށް ނެގުން ނުވަތަ ގެއްލުން؛
  2. ކާޑުގައި ހިމެނޭ މައުލޫމާތަކަށް ބަދަލު އައުން؛
  3. ކާޑުގައިވާ ފޮޓޯއާ ތަފާތު ގޮތަކަށް މީހާގެ ސިފައަށް ބަދަލެއް އައުން؛
  4. ބޭނުންނުކުރެވ މިންވަރަށް ކާޑު ބާވުން ނުވަތަ ހަލާކުވުން؛
  5. މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކާޑު އާކުރަންޖެހޭ ހާލަތެއްކަމުގައި ބަޔާންކުރާ އިތުރު ހާލަތެއް މެދުވެރިވުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެގެން އެއްވެސް ފަރާތަކުން ޑިޕާޓްމަންޓް އޮފް ނޭށަނަލް ރެޖިސްޓްރޭށަނަށް ހުށަހަޅައިފިނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެ ފަރާތަށް އެ ޑިޕާޓްމަންޓުން އާ ކާޑެއް ހައްދައިދޭންވާނެއެވެ.

 

26 ވަނަ މާއްދާ - ކާޑުގައި ހިމަނާފައިވާ މައުލޫމާތު ބަދަލުކުރުން

(ހ) ދިވެހިރައްޔިތެއްކަން އަންގައިދޭޭ ކާޑުގައި ހިމެނޭ އެއްވެސް މައުލޫމާތަކަށް ބަދަލެއް އަތުވެއްޖެނަމަ، އެކަން ޑިޕާޓްމަންޓް އޮފް ނޭށަނަލް ރެޖިސްޓްރޭށަނަށް އަންގައި، އެ މައުލޫމާތު އިސްލާހުކުރުމަށްޓަކައި ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ ޑިޕާޓްމަންޓަށް ހުށަހަޅަންވާނެއެވެ.

(ށ) ދިވެހިރައްޔިތެއްކަން އަންގައިދޭޭ ކާޑުގައި ހިމެނޭ މައުލޫމާތަކަށް ބަދަލެއް އައުމާ ގުޅިގެން މި މާއްދާގެ (ހ) ގެ ދަށުން ޑިޕާޓްމަންޓް އޮފް ނޭށަނަލް ރެޖިސްޓްރޭށަނަށް ހުށަހަޅައިފިނަމަ، މި ގާނޫނުގެ 25 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ ފަރާތަށް އާ ކާޑެއް ހައްދައިދޭންވާނެއެވެ.

 

27 ވަނަ މާއްދާ - ކާޑު ބާތިލުކުރުން 

(ހ) އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ،ދިވެހިރައްޔިތަކަށް ދޫކޮށްފައިވާ ދިވެހިރައްޔިތެއްކަން އަންގައިދޭޭ ކާޑު ބާތިލުކުރުމުގެ އިހްތިޔާރު ޑިޕާޓްމަންޓް އޮފް ނޭށަނަލް ރެޖިސްޓްރޭށަނަށް ލިބިގެންވެއެވެ.

  1. ސައްހަނޫން މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ކާޑު ދޫކޮށްފައިވުން؛
  2. ކާޑުގެ ވެރިފަރާތުން ގާނޫނުގައިވާ ގޮތުގެމަތިން އެ ފަރާތެއްގެ ދިވެހިރައްޔިތުކަން ދޫކޮށްލުން؛
  3. ކާޑުގެ ވެރިފަރާތް މަރުވުން؛
  4. މި ގާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެގެން އާ ކާޑެއް ހައްދައިދިނުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއްގައި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑެއް ޑިޕާޓްމަންޓް އޮފް ނޭށަނަލް ރެޖިސްޓްރޭށަނުން ބާތިލުކޮށްފިނަމަ، އެކަން ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ކާޑުގެ ވެރިފަރާތަށް، ނުވަތަ މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ ހާލަތުގައި، ކާޑު ދޫކޮށްފައިވާ ފަރާތުގެ ވާރިޘުންނަށް އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ހާލަތުގައި ކާޑު ހައްދައިދީފައިވާ ފަރާތަކީ، ދިވެހިރައްޔިތެއްނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެ ފަރާތަކާގުޅޭ މައުލޫމާތުގެ ސައްހަކަން ބެލުމަށްފަހު، އެ ފަރާތަށް އަލުން ކާޑު ހައްދައިދޭންވާނެއެވެ.

(ރ) މި މާއްދާގެ (ނ) އެހެން އޮތްނަމަވެސް، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ހާލަތުގައި، ވަކި ފަރާތަކަށް އަލުން ކާޑު ހައްދައިދިންނަމަވެސް، އެ ފަރާތަކާމެދު މި ގާނޫނުގެ ހަވަނަ ބާބުގެ ދަށުން އަޅަންޖެހ ފިޔަވަޅު، ކަމާބެހޭ އިދާރާއިން އެޅުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.

(ބ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ހާލަތުގައި ކާޑު ހައްދައިދީފައިވާ ފަރާތަކީ، ދިވެހިރާއްޖޭގެ ސިޓިޒެންށިޕް ގާނޫނުގެ ދަށުން ދިވެހިރައްޔިތަކަށް ވެފައިވާ ބިދޭސީއެއްނަމަ، އެ ފަރާތަށް އަލުން ކާޑު ހައްދައިދެވޭނީ، އެ ފަރާތެއްގެ ދިވެހިރައްޔިތުކަން ދެމިއޮންނަ ހާލަތެއްގައެވެ.

(ޅ) މި މާއްދާގެ (ބ) ގެ ބޭނުމަށްޓަކައި، ދިވެހިރައްޔިތަކަށް ވެފައިވާ ބިދޭސީއެއްގެ ދިވެހިރައްޔިތުކަން ދެމިއޮތްކަން ނުވަތަ ނޫންކަން ކަނޑައަޅާނީ، ދިވެހިރާއްޖޭގެ ސިޓިޒެންށިޕް ގާނޫނުގައިވާ ގޮތުގެމަތިންނެވެ.

 

28 ވަނަ މާއްދާ - ކާޑު ހަވާލުކުރުން

(ހ) އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ މުއްދަތެއްގެ ތެރޭގައި ދިވެހިރައްޔިތެއްކަން އަންގައިދޭޭ ކާޑު، ޑިޕާޓްމަންޓް އޮފް ނޭށަނަލް ރެޖިސްޓްރޭށަނާ ނުވަތަ އެ ޑިޕާޓްމަންޓުން ކަނޑައަޅާ ފަރާތަކާ ހަވާލުކުރަންވާނެއެވެ.

  1. ކާޑުގެ ވެރިފަރާތަށް ނޭނގޭި އެހެން ފަރާތަކަށް ކާޑު ލިބުން؛
  2. ކާޑުގެ ވެރިފަރާތް މަރުވުން.

(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތުގައި، ކާޑުގެ ވެރިފަރާތް މަރުވީ ދިވެހިރާއްޖޭގައިނަމަ، އެ ފަރާތުގެ މަރު، މި ގާނޫނުގެ 33 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރަޖިސްޓަރީކުރުމަށްފަހު ޑިޕާޓްމަންޓް އޮފް ނޭށަނަލް ރެޖިސްޓްރޭށަނަށް އެންގުމާއެކު އެ ފަރާތެއްގެ ނަމުގައި ދޫކޮށްފައިވާ ކާޑު ޑިޕާޓްމަންޓުން ބާތިލުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތުގައި، ކާޑުގެ ވެރިފަރާތް މަރުވީ ދިވެހިރާއްޖެއިން ބޭރުގައިނަމަ، މި ގާނޫނުގައިވާ ގޮތުގެމަތިން އެ ފަރާތުގެ މަރު ރަޖިސްޓަރީކުރުމަށްފަހު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެ ފަރާތުގެ ވާރިޘުން ޑިޕާޓްމަންޓް އޮފް ނޭށަނަލް ރެޖިސްޓްރޭށަނަށް އެންގުމާއެކު މަރުވި މީހާގެ ކާޑު ޑިޕާޓްމަންޓުން ބާތިލުކުރަންވާނެއެވެ.

 

ފަސްވަނަ ބާބު

މަރު ސާބިތުކުރުމާއި މަރުވުން ރަޖިސްޓަރީކުރުން

 

29 ވަނަ މާއްދާ - މަރުވާ މީހުންގެ މަރު ރިޕޯޓުކުރުމާއި މަރު ސާބިތުކުރުން

(ހ) ދިވެހިރާއްޖޭގައި މަރުވާ މީހުންގެ މަރު، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ރިޕޯޓުކުރަންވާނެއެވެ.

(ށ) މީހަކު މަރުވީ ސިއްހީ ހިދުމަތްދޭ މަރުކަޒެއްގައި ކަމުގައިނުވާނަމަ،އެ މީހަކު މަރުވާތާ ނުވަތަ މަރުވިކަން އެނގޭތާ ވީއެންމެ އަވަހަށް ސިއްހީ ހިދުމަތްދޭ މަރުކަޒަކަށް އެކަން ރިޕޯޓުކުރަންވާނެއެވެ.\

(ނ) ދިވެހިރާއްޖޭގައި މީހަކު މަރުވެއްޖެނަމަ އެ މީހަކު ވަޅުލުމުގެ ކުރިން، ނުވަތަ މަރުވީ ބިދޭސީއެއް ކަމަށްވެފައި، އެ މީހެއްގެ ހަށިގަނޑު ދިވެހިރާއްޖެއިން ބޭރަށް ގެންދަން އެދޭ ހާލަތުގައި، އެ މީހާގެ ހަށިގަނޑު ދިވެހިރާއްޖެއިން ބޭރަށް ގެންދިޔުމުގެ ކުރިން، ނުވަތަ މަރުވާ މީހަކާ ގުޅޭ ގޮތުން ގާނޫނު ހުއްދަކުރާ އެނޫންވެސް އިޖުރާއަތެއް ފުރިހަމަކުރުމުގެ ކުރިން، މި ގާނޫނުގައިވާ ގޮތުގެމަތިން އެ ފަރާތެއްގެ މަރު ސާބިތުކުރަންވާނެއެވެ.

 

30 ވަނަ މާއްދާ - މަރު ސާބިތުކުރުމުގެ އިޖުރާއަތު 

(ހ) ދިވެހިރާއްޖޭގައި މީހަކު މަރުވީ ސިއްހީ ހިދުމަތްދޭ މަރުކަޒެއްގައިނަމަ، އެ މަރުކަޒެއްގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން އެކަމަށް ހުއްދަދީފައިވާ ސިއްހީ މަސައްކަތްތެރިއަކު މަރުވި މީހާގެ ހަށިގަނޑު ރަނގަޅަށް ބެލުމަށްފަހު، އެ މީހެއްގެ މަރު ސާބިތުކުރަންވާނެއެވެ.

(ށ) މީހަކު މަރުވީ ސިއްހީ ހިދުމަތްދޭ މަރުކަޒެއްގައި ކަމުގައިނުވާނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެ މީހެއްގެ މަރު ސާބިތުކުރުމަށްޓަކައި، ސިއްހީ ހިދުމަތްދޭ މަރުކަޒަކަށް އެ މީހާގެ ހަށިގަނޑު ގެންދަންވާނެއެވެ.

(ނ) މީހަކު މަރުވީ މީހުން ދިރިއުޅޭ ރަށެއް ނުވަތަ ސިޓީއެއްގައި ކަމުގައިނުވާނަމަ، އެ މީހާގެ މަރު ސާބިތުކުރުމަށްޓަކައި، އެ މީހާގެ ހަށިގަނޑު އެންމެ އަވަހަށް ގެންދެވޭ މީހުން ދިރިއުޅޭ ރަށެއް ނުވަތަ ސިޓީއެއްގައި ހުންނަ ސިއްހީ ހިދުމަތްދޭ މަރުކަޒަކަށް ގެންދަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ނުވަތަ (ނ) ގެ ދަށުން ސިއްހީ ހިދުމަތްދޭ މަރުކަޒަކަށް ގެންދެވޭ މަރުވެފައިވާ މީހެއްގެ ހަށިގަނޑު، އެކަމަށް ހުއްދަދީފައިވާ ސިއްހީ މަސައްކަތްތެރިއަކު ރަނގަޅަށް ބެލުމަށްފަހު، އެ މީހެއްގެ މަރު ސާބިތުކުރަންވާނެއެވެ.

(ބ) ސިއްހީ ހިދުމަތްދޭ މަރުކަޒަކުން މި މާއްދާގެ (ހ) އަދި (ރ) ގައިވާ ގޮތުގެމަތިން މީހެއްގެ މަރު ސާބިތުކުރުމުގައި އަމަލުކުރާނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.

 

31 ވަނަ މާއްދާ - މަރު ސާބިތުކުރިކަމުގެ ލިޔުން ދޫކުރުން

(ހ) މި ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން މަރު ސާބިތުކުރެވ ކޮންމެ މީހެއްގެ މަރު ސާބިތުކުރިކަމުގެ ލިޔުމެއް، އެ މީހެއްގެ މަރު ސާބިތުކުރި ސިއްހީ ހިދުމަތްދޭ މަރުކަޒަކުން، މަރުވި މީހާއާ ހަވާލުވެހުރި ފަރާތަކަށް ދޫކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މަރު ސާބިތުކުރިކަމުގެ ލިޔުމުގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. މަރުވި މީހާގެ މައުލޫމާތު؛
  2. މަރުވި ގޮތް؛
  3. މަރުވި ސަބަބު؛
  4. މަރުވި ތާރީހާއި ވަގުތު؛
  5. މަރުވި ތަނާއި، އަތޮޅާއި ރަށް؛
  6. މަރު ސާބިތުކުރި ފަރާތުގެ މައުލޫމާތު؛
  7. މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެހެނިހެން މައުލޫމާތު.

(ނ) މަރު ސާބިތުކުރިކަމުގެ ލިޔުން އޮންނަންވާނީ ދިވެހި ބަހުންނާއި އިނގިރޭސި ބަހުންނެވެ. އެ ލިޔުން އޮންނަންވީ ގޮތުގެ ނަމޫނާ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ރ) މީހެއްގެ މަރު ސާބިތުކުރުމަށްފަހު މި މާއްދާގެ (ހ) ގެ ދަށުން ދޫކުރާ މަރު ސާބިތުކުރުމުގެ ލިޔުމުގެ ކޮޕީއެއް، އެ ލިޔުން ދޫކުރި ފަރާތުން ކަމާބެހޭ ކައުންސިލަށް ފޮނުވަންވާނެއެވެ.

(ބ) މަރު ސާބިތުކުރިކަމުގެ ލިޔުން ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް، މި ގާނޫނުގެ ދަށުން މިނިސްޓްރީން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

32 ވަނަ މާއްދާ - މަރު ސާބިތުކުރުމުގެ ލިޔުމަށް އުނިއިތުރު ގެނައުން

މަރު ސާބިތުކުރުމުގެ ލިޔުމަކަށް އެއްވެސް އުނިއިތުރެއް ގެނެވޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ހާލަތްތަކުގައި، އެ ގަވާއިދުގައި ބަޔާންކުރާ ފަރާތްތަކަށެވެ.

 

33 ވަނަ މާއްދާ - މަރުވާ މީހުންގެ މަރު ރަޖިސްޓަރީކުރުން

(ހ) ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއް ނުވަތަ ސިޓީއެއްގެ ކައުންސިލުން، އެ ކައުންސިލެއް ނިސްބަތްވާ ރަށެއް ނުވަތަ ސިޓީއެއްގައި މަރުވާ އެންމެހައި މީހުންގެ މައުލޫމާތު އެކުލެވ ރަޖިސްޓަރީއެއް ލިޔެ ބަލަހައްޓަންވާނެއެވެ.

(ށ) މީހެއްގެ މަރު ސާބިތުކުރިކަމުގެ ލިޔުމެއް މި ގާނޫނުގެ 31 ވަނަ މާއްދާގެ ދަށުން ކައުންސިލަށް ލިބުމުން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެ މީހެއްގެ މަރު އެ ކައުންސިލެއްގައި ރަޖިސްޓަރީކޮށް، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ރަޖިސްޓަރީގައި އެ މައުލޫމާތު ރިކޯޑުކުރަންވާނެއެވެ.

(ނ) ދިވެހިރާއްޖޭގައި މަރުވާ މީހުންގެ މަރު މި މާއްދާގެ (ހ) ގެ ދަށުން ކަމާބެހޭ ކައުންސިލުން ރަޖިސްޓަރީކުރުމުގައި، މި ގާނޫނުގެ 31 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ މައުލޫމާތު ރިކޯޑުކުރަންވާނެއެވެ.

(ރ) ދިވެހިރާއްޖޭގައި މަރުވާ މީހުންގެ މަރު ރަޖިސްޓަރީކުރުމުގައި އަމަލުކުރަންޖެހ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

34 ވަނަ މާއްދާ - ދިވެހިރާއްޖެއިން ބޭރުގައި މަރުވާ ދިވެހިންގެ މަރު ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރުން

(ހ) ދިވެހިރާއްޖެއިން ބޭރުގައި މަރުވާ ދިވެހިންގެ މަރު ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރުމަށްޓަކައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެ ފަރާތްތަކުގެ ވާރިޘުން ނުވަތަ އެ ގަވާއިދުގައި ބަޔާންކުރާ އެނޫން ފަރާތަކުން ހުށަހަޅަންވާނެއެވެ.

(ށ) ދިވެހިރާއްޖެއިން ބޭރުގައި މަރުވާ ދިވެހިންގެ މަރު ރަޖިސްޓަރީކުރުމަށްޓަކައި، އެ މީހެއްގެ މަރު ސާބިތުކުރިކަމުގެ ލިޔުންކަމުގައި އެ މީހަކު މަރުވި ގައުމެއްގެ ކަމާބެހޭ އިދާރާއަކުން ދޫކޮށްފައިވާ ލިޔުން އެއީ އެ މީހެއްގެ މަރު ސާބިތުކުރިކަމުގެ ހެއްކެއްގެ ގޮތުގައި ބެލޭނެއެވެ.

(ނ) މި މާއްދާގެ ދަށުން ދިވެހިރާއްޖެއިން ބޭރުގައި މަރުވާ ދިވެހިންގެ މަރު ރަޖިސްޓަރީކުރުމަށް ހުށަހަޅާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިދާރާއަކަށެވެ.

(ރ) ދިވެހިރާއްޖެއިން ބޭރުގައި މަރުވާ ދިވެހިންގެ މަރު ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރުމަށް ހުށަހަޅަންވާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ މުއްދަތެއްގެ ތެރޭގައި، އެ ގަވާއިދުގައި ބަޔާންކުރާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

35 ވަނަ މާއްދާ - މަރު ސާބިތުކުރުމާއި ރަޖިސްޓަރީކުރުމަށް އަގެއް ނުނެގުން

މި ބާބުގެ ދަށުން މަރު ސާބިތުކުރުމުގެ ލިޔުން ހެއްދުމަށް ނުވަތަ މަރު ރަޖިސްޓަރީކުރުމަށް އެއްވެސް އަގެއް ނަގައިގެން ނުވާނެއެވެ.

 

36 ވަނަ މާއްދާ - މަރުގެ މައުލޫމާތު ޑިޕާޓްމަންޓަށް ހުށަހެޅުމާއި އެ މައުލޫމާތު ޑިޕާޓްމަންޓުން ހިއްސާކުރުން

(ހ) މި ބާބުގެ ދަށުން މަރުވުން ރަޖިސްޓަރީކުރެވ ފަރާތްތަކުގެ މައުލޫމާތު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ކަމާބެހޭ ކައުންސިލުން ޑިޕާޓްމަންޓް އޮފް ނޭށަނަލް ރެޖިސްޓްރޭށަނަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ ދަށުން ޑިޕާޓްމަންޓް އޮފް ނޭށަނަލް ރެޖިސްޓްރޭށަނަށް ހުށަހަޅާ މައުލޫމާތު ކަމާގުޅޭުންހުރި ދައުލަތުގެ އިދާރާތަކަށް އެ ޑިޕާޓްމަންޓުން އަންގަންވާނެއެވެ.

 

ހަވަނަ ބާބު

އެހެނިހެން ކަންކަން

 

37 ވަނަ މާއްދާ - ކުރުން މަނާ ކަންކަން

(ހ) އެއްވެސް ފަރާތަކުން، އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކުރުމަކީ މަނާކަމެކެވެ.

  1. ފޫޅުމާ ފޯމެއް، ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓެއް، ނުވަތަ މަރު ސާބިތުކުރިކަމުގެ ލިޔުމެއް، ނުވަތަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑެއް ކައުންޓަފީޓްކުރުން ނުވަތަ އެއިން ލިޔުމަކަށް ހުއްދަނޫން ބަދަލެއް ގެނައުން؛
  2. ފޫޅުމާ ފޯމެއް ހުށަހެޅުމުގައި ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓެއް، ނުވަތަ މަރު ސާބިތުކުރިކަމުގެ ލިޔުމެއް، ނުވަތަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑެއް ހެއްދުމުގައި ސައްހަނޫން މައުލޫމާތު ހުށަހެޅުން؛
  3. އުފަންދުވަހުގެ ސެޓްފިކެޓަކަށް، ނުވަތަ މަރު ސާބިތުކުރިކަމުގެ ލިޔުމަކަށް، ނުވަތަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑަކަށް ގަސްދުގައި ގެއްލުންދިނުން؛
  4. އެހެން މީހަކަށް ދޫކޮށްފައިވާ އުފަންދުވަހުގެ ސެޓްފިކެޓެއް، ނުވަތަ މަރު ސާބިތުކުރިކަމުގެ ލިޔުމެއް ނުވަތަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑެއް، ގާނޫނާ ހިލާފު ކަމެއް ކުރުމަށް ނުވަތަ ގާނޫނާ ހިލާފު މަންފާއެއް ހޯދުމަށް ބޭނުންކުރުން؛
  5. ގާނޫނާ ހިލާފަށް ބަދަލު ގެނެސްފައިވާ އުފަންދުވަހުގެ ސެޓްފިކެޓެއް، ނުވަތަ މަރު ސާބިތުކުރިކަމުގެ ލިޔުމެއް ނުވަތަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑެއް ، ނުވަތަ އޮޅުވާލައިގެން ހައްދާފައިވާ އެފަދަ ލިޔުމެއް، އެކަން އެނގިހުރެ ބޭނުންކުރުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ ކަމެއް ކޮށްފި މީހެއްގެ އަދަބަކީ، 10،000 (ދިހަހާސް) ރުފިޔާއާއި 15،000 (ފަނަރަހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

(ނ) ސިއްހީ ހިދުމަތްދޭ މަރުކަޒެއްގެ މުވައްޒަފަކު ނުވަތަ ކައުންސިލެއްގެ މުވައްޒަފަކު ނުވަތަ ޑިޕާޓްމަންޓް އޮފް ނޭށަނަލް ރެޖިސްޓްރޭށަންގެ މުވައްޒަފަކު ނުވަތަ މިނިސްޓްރީގެ މުވައްޒަފަކު ނުވަތަ ދައުލަތުގެ އެހެން އިދާރާއެއްގެ މުވައްޒަފަކު އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކުރުމަކީ މަނާކަމެކެވެ.

  1. މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ހިލާފަށް ގަސްދުގައި ފޫޅުމާ ފޯމެއް ނުވަތަ އުފަންވުމުގެ ރަޖިސްޓަރީއެއް ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓެއް، ނުވަތަ މަރު ސާބިތުކުރިކަމުގެ ލިޔުމެއް، ނުވަތަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑެއް ހައްދައިދިނުން؛
  2. ސިއްރު މައުލޫމާތުގެ ގޮތުގައި މި ގާނޫނުގެ ދަށުން ބަލަހައްޓަންޖެހ މައުލޫމާތެއް ގާނޫނާ ހިލާފަށް ހާމަކުރުން.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އަމަލެއް ކޮށްފި މީހެއްގެ އަދަބަކީ، 15،000 (ފަނަރަހާސް) ރުފިޔާއާއި 25،000 (ފަންސަވީސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

 

38 ވަނަ މާއްދާ - އުފަންވުން ރަޖިސްޓަރީނުކުރުން

މި ގާނޫނުގައި ކުއްޖެއްގެ އުފަންވުން ރަޖިސްޓަރީކުރުމަށް ލާޒިމުކޮށްފައިވާ މުއްދަތުގެ ތެރޭގައި ނުވަތަ ކުއްޖެއްގެ އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށް ލާޒިމުކުރާ މުއްދަތުގެ ތެރޭގައި، ކުއްޖާގެ މައިންބަފައިން ނުވަތަ މައިންބަފައިން ނެތް ހާލަތެއްގައި އެކަން ކުރުމަށް މި ގާނޫނުން ލާޒިމުކުރާ އެހެން ފަރާތަކުން އެކަން ނުކޮށްފިނަމަ، އެކަން ނުކުރި ސަބަބަށް ރިއާޔަތްކޮށް، 10000 (ދިހަހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން އެ ފަރާތެއް ޖޫރިމަނާކުރެވޭނެއެވެ.

 

39 ވަނަ މާއްދާ - އަދަބު ކަނޑައެޅިފައިނުވާ ކަންކަން

މި ގާނޫނުގައި އަދަބު ކަނޑައަޅާފައިނުވާ ކަންކަމުގައި، މި ގާނޫނާ ހިލާފުވާ ފަރާތެއްގެ އަދަބެއްގެ ގޮތުގައި އެކަމެއް ކުރާ ފަރާތް ނުވަތަ ފަރާތްތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން 5،000 (ފަސްހާސް) ރުފިޔާއާއި 15،000 (ފަނަރަހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު ކަމާބެހޭ އިދާރާއަށް ލިބިގެންވެއެވެ.

 

40 ވަނަ މާއްދާ - ޖޫރިމަނާކުރުން 

(ހ) ގާނޫނުގެ 37 ވަނަ މާއްދާގެ (ށ) އާއި (ރ) އާއި މި ގާނޫނުގެ 38 ވަނަ މާއްދާއާއި 39 ވަނަ މާއްދާގެ ދަށުން ކުރެވ ޖޫރިމަނާކުރާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ހާލަތްތަކުގައި، އެ ގަވާއިދުގައި އެ ޖޫރިމަނާކުރުމަށް ހުއްދަކޮށްފައިވާ ކަމާބެހޭ އިދާރާއަކުންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، އަންނަނިވި ކަންކަމާ ގުޅޭ ގޮތުން މި ގާނޫނާ ހިލާފުވާ ފަރާތްތައް ޖޫރިމަނާކުރާނީ، އަންނަނިވި ފަރާތްތަކުންނެވެ.

  1. ފޫޅުމާ ފޯމު ހުށަހެޅުމާއި މަރު ސާބިތުކުރުމާގުޅޭ ކަންކަމުގައި، މިނިސްޓްރީން؛
  2. އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ނަންބަރާއި ކާޑު ހެއްދުމާގުޅޭ ކަންކަމުގައި، ޑިޕާޓްމަންޓް އޮފް ނޭށަނަލް ރެޖިސްޓްރޭށަނުން؛
  3. އުފަންވުން ރަޖިސްޓަރީކުރުމާއި މަރުވުން ރަޖިސްޓަރީކުރުމާގުޅޭ ކަންކަމުގައި، ކަމާބެހޭ ކައުންސިލުން.

(ނ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ކަންކަމާ ގުޅޭ ގޮތުން ޖޫރިމަނާކުރުމުގެ އުސޫލުތައް، މި ގާނޫނުގެ ދަށުން މިނިސްޓްރީން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގައި ބަޔާންކުރާ ކަންކަމާ ގުޅޭ ގޮތުން ޖޫރިމަނާކުރުމުގެ އުސޫލުތައް، މި ގާނޫނުގެ ދަށުން ޑިޕާޓްމަންޓް އޮފް ނޭށަނަލް ރެޖިސްޓްރޭށަނުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

41 ވަނަ މާއްދާ - މައުލޫމާތުގެ ސިއްރުކަން ހިފެހެއްޓުމާއި މައުލޫމާތުގެ ރައްކާތެރިކަން ކަށަވަރުކުރުން

(ހ) މި ގާނޫނުގެ ދަށުން އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމުގައި މިނިސްޓްރީއަށް ނުވަތަ ކައުންސިލަށް ނުވަތަ ޑިޕާޓްމަންޓް އޮފް ނޭށަނަލް ރެޖިސްޓްރޭށަނަށް ހުށަހެޅޭ އެންމެހައި މައުލޫމާތަކީވެސް އެ މައުލޫމާތުގެ ސިއްރުކަން ހިފެހެއްޓުން ލާޒިމު މައުލޫމާތެވެ.

(ށ) މި ގާނޫނުގެ ދަށުން މިނިސްޓްރީން ނުވަތަ ކައުންސިލުން ނުވަތަ ޑިޕާޓްމަންޓް އޮފް ނޭށަނަލް ރެޖިސްޓްރޭށަނުން ބަލަހައްޓަމުން ގެންދާ މައުލޫމާތު ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ނިޒާމެއް އެ އިދާރާތަކުގައި ގާއިމުވެފައި އޮންނަންވާނެއެވެ. އަދި އެފަދަ މައުލޫމާތުގެ ސިއްރުކަން ހިފެހެއްޓުމުގެ އުސޫލުތައް، އެ އިދާރާތަކުން އެކުލަވާލަންވާނެއެވެ.

(ނ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، މި ގާނޫނުގެ ދަށުން މިނިސްޓްރީން ނުވަތަ ކައުންސިލުން ނުވަތަ ޑިޕާޓްމަންޓް އޮފް ނޭށަނަލް ރެޖިސްޓްރޭށަނުން ބަލަހައްޓާ މައުލޫމާތެއް، އެކަމަށް އެދި ހުށަހަޅާ ދައުލަތުގެ އިދާރާތަކަށް ފޯރުކޮށްދެވޭނެ ގޮތާއި، ފޯރުކޮށްދެވޭނެ މިންވަރު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. އަދި އެ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ގޮތް ނޫން އެހެން ގޮތަކަށް އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ފޯރުކޮށްދީގެން ނުވާނެއެވެ.

(ރ) މި މާއްދާގެ (ނ) އެހެން އޮތްނަމަވެސް، ވަކިވަކި ފަރުދުންގެ މައުލޫމާތު ދޫކުރުމުގައި އަމަލުކުރާނީ މި ގާނޫނުގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

(ބ) މި މާއްދާގެ ދަށުން ކަމާބެހޭ އިދާރާއިން ދޫކުރާ މައުލޫމާތުގައި އެ މައުލޫމާތަކީ ދައުލަތުގެ ސިއްރުކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

42 ވަނަ މާއްދާ - ވަކިވަކި ފަރުދުންގެ މައުލޫމާތު ހިއްސާކުރުމާއި ހާމަކުރުން

(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމުގައި މި ގާނޫނުގެ ދަށުން މިނިސްޓްރީއަށް ނުވަތަ ޑިޕާޓްމަންޓް އޮފް ނޭށަނަލް ރެޖިސްޓްރޭށަނަށް ނުވަތަ ކައުންސިލަށް ހުށަހެޅޭ، ނުވަތަ އެ އިދާރާތަކުން ބަލަހައްޓަމުންދާ މައުލޫމާތުގެ ތެރޭގައި ހިމެނޭ ވަކިވަކި ފަރުދުންގެ މައުލޫމާތު، އެ މައުލޫމާތު ނިސްބަތްވާ ފަރާތަކީ ކާކުކަން އެނގޭ ގޮތަށް، ދައުލަތުގެ އިދާރާތައް ހިމެނޭ ގޮތުން، އެއްވެސް ފަރާތަކަށް ދޫކުރަންވާނީ، އެ ފަރާތަކީ ކަމާބެހޭ ގާނޫނަކުން އެ މައުލޫމާތު ހޯދުމުގެ ބާރު ލިބިދީފައިވާ ފަރާތަކަށްވާ ހާލަތުގައި، އަދި އެ ގާނޫނަކުން ބާރު ލިބިދީފައިވާ ދާއިރާގެ ތެރޭގައެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، އެއްވެސް ފަރާތަކުން މައުލޫމާތު ދޫކުރަންވާނީ، އަދި އެ މައުލޫމާތު ދޫކުރެވ ފަރާތަކުން އެ މައުލޫމާތު ބޭނުންކުރަންވާނީ، އެ މައުލޫމާތުގެ ސިއްރުކަން ހާމަނުވާނެ ގޮތެއްގެމަތިންނެވެ. އަދި އެއްވެސް ހާލެއްގައި، ވަކި ފަރުދަކީ ކާކުކަން އެނގޭނެ ފަދައަކުން އެ ފަރާތެއްގެ މައުލޫމާތު އާންމުކޮށް ށާއިއުކޮށްގެން ނުވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި އެ މާއްދާގައި ބަޔާންކުރާ މައުލޫމާތު ދޫކުރެވޭނެ ދައުލަތުގެ އިދާރާތަކާއި ފަރާތްތަކާއި، ދޫކުރެވޭނެ ހާލަތްތައް، މި ގާނޫނުގެ ދަށުން ކަމާބެހޭ އިދާރާއިން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

43 ވަނަ މާއްދާ - ތަފާސްހިސާބު އެކުލަވާލުމާއި އާންމުކުރުން

(ހ) އުފަންވާ ކުދިންނާއި މަރުވާ މީހުންނާބެހޭ ތަފާސްހިސާބު ގައުމީ ފެންވަރުގައި ތައްޔާރުކޮށް، ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އާންމުކުރުމަކީ، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޒިންމާއެކެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އުފަންވާ ކުދިންނާއި މަރުވާ މީހުންނާބެހޭ ތަފާސްހިސާބުތައް އާންމުކުރުމުން އެ މައުލޫމާތުގެ ސައްހަކަން މިނިސްޓްރީން ކަށަވަރުކުރަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން އުފަންވާ ކުދިންނާއި މަރުވާ މީހުންނާބެހޭ ތަފާސްހިސާބު އެކުލަވާލުމުގައާއި އާންމުކުރުމުގައި އަމަލުކުރާނެ އުސޫލުތައް، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސުން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

44 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ދޫކޮށްފައިވާ ލިޔެކިޔުމަކީ ސައްހަ ލިޔެކިޔުންކަމުގައި ބެލުން

މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ކަމާބެހޭ ގާނޫނެއްގެ ދަށުން ދޫކޮށްފައިވާ ފޫޅުމާ ފޯމާއި، އުފަންވުމުގެ ރަޖިސްޓަރީއާއި، އުފަންދުވަހުގެ ސެޓްފިކެޓާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި، މަރު ސާބިތުކުރުމުގެ ލިޔުމަކީ، ސައްހަ ލިޔެކިޔުންކަމުގައި ބެލޭނެއެވެ.

 

45 ވަނަ މާއްދާ - ގާނޫނުގެ ދަށުން ދޫކުރާ ލިޔުމުގެ ސައްހަކަން ސާބިތުކުރުން

މި ގާނޫނުގެ ދަށުން ކަމާބެހޭ އިދާރާއަކުން ދޫކުރާ އެއްވެސް ލިޔުމަކީ ސައްހަ ލިޔުމެއްކަން ސާބިތުކުރުމަށް އެ ލިޔުމެއްގެ ވެރިފަރާތުން ބޭނުންވެއްޖެނަމަ، އެ ލިޔުމެއް ދޫކޮށްފައިވާ އިދާރާއަކަށް ހުށަހެޅުމުން، އެކަމާ ގުޅޭ ގޮތުން ޑިޕާޓްމަންޓް އޮފް ނޭށަނަލް ރެޖިސްޓްރޭށަނުން ހަދާ ގަވާއިދާއި އެ ލިޔުމެއް ދޫކޮށްފައިވާ އިދާރާއެއްގައި އެކަމާ ގުޅޭ ގޮތުން އެކުލަވާލާފައިވާ އުސޫލެއްގެ ދަށުން، އެ އިދާރާއަކުން އެކަން ސާބިތުކޮށް، އެ ލިޔުމަކީ ސައްހަ ލިޔުމެއްކަން ބަޔާންކުރާ ލިޔުން ދޫކުރެވިދާނެއެވެ.

 

46 ވަނަ މާއްދާ - ލިޔެކިޔުމުގެ އަސްލު އަދި ނޯޓަރައިޒްކޮށްފައިވާ ކޮޕީ ހުށަހެޅުން

ދިވެހިރާއްޖެއިން ބޭރުގައި އުފަންވާ ކުދިންގެ އުފަންވުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރުމަށްޓަކައި، އަދި ދިވެހިރާއްޖެއިން ބޭރުގައި މަރުވާ މީހުންގެ މަރު ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރުމަށްޓަކައި މި ގާނޫނުގެ ދަށުން ކަމާބެހޭ އިދާރާއަށް ހުށަހަޅަންވާނީ، އެ މީހަކު އުފަންވި ނުވަތަ މަރުވި ގައުމެއްގެ ކަމާބެހޭ ފަރާތަކުން ދޫކޮށްފައިވާ ލިޔެކިޔުމުގެ އަސްލެވެ. އަސްލު ހުށަހެޅެން ނެތްނަމަ، ހުށަހަޅަންވާނީ، އެ ގައުމެއްގެ ކަމާބެހޭ ފަރާތަކުން ނޯޓަރައިޒްކޮށްފައިވާ ކޮޕީއެވެ.

 

47 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން

(ހ) މި ގާނޫނުގެ ދަށުން ފޯރުކޮށްދ ހިދުމަތަކާ ގުޅޭ ގޮތުން ހިދުމަތް ހޯދާ ފަރާތްތަކަށް ށަކުވާ ހުށަހަޅައި، އެ ށަކުވާ ބެލޭނެ އިންތިޒާމު، މިނިސްޓްރީއާއި، ޑިޕާޓްމަންޓް އޮފް ނޭށަނަލް ރެޖިސްޓްރޭށަނާއި، ކަމާބެހޭ ކައުންސިލުތަކުގައި ހަމަޖައްސަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ގާއިމުކުރެވ ށަކުވާ ބެލުމުގެ ނިޒާމުގެ ދަށުން ށަކުވާ ބެލުމުގައި އަމަލުކުރާނެ އުސޫލުތައް، މި ގާނޫނުގެ ދަށުން ކަމާބެހޭ އިދާރާއިން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. އަދި އެފަދައިން ކަނޑައަޅާ އުސޫލުތަކުގެ ތެރޭގައި، ށަކުވާއެއް ބަލައި ނިންމާނެ މުއްދަތާއި، ށަކުވާއާމެދު ނިންމާ ނިންމުން ށަކުވާ ކުރި ފަރާތަށް އެންގުމުގައި އަމަލުކުރާނެ އުސޫލުތައް، މި ގާނޫނުގެ ދަށުން ކަމާބެހޭ އިދާރާއިން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

48 ވަނަ މާއްދާ - ގަވާއިދު ހެދުން

(ހ) މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އަންނަނިވި ކަންކަމާބެހޭ ގަވާއިދުތައް ހަދައި ހިންގާނީ މިނިސްޓްރީންނެވެ.

  1. ފޫޅުމާ ފޯމާގުޅޭ ގަވާއިދު؛
  2. މަރުވާ މީހުންގެ މަރު ރިޕޯޓުކުރުމާއި މަރު ސާބިތުކުރުމާބެހޭ ގަވާއިދު؛
  3. ބައިގެންދިޔުމާއި އެބޯށަންގެ މައުލޫމާތާއި ފުރާނަނެތި އުފަންވާ ކުދިންގެ މައުލޫމާތު ރިކޯޑުކުރުމާގުޅޭ ގަވާއިދު.

(ށ) މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އަންނަނިވި ކަންކަމާބެހޭ ގަވާއިދުތައް ހަދައި ހިންގާނީ ޑިޕާޓްމަންޓް އޮފް ނޭށަނަލް ރެޖިސްޓްރޭށަނުންނެވެ.

  1. ދިވެހިރާއްޖޭގައި އުފަންވާ ކުދިންނާއި ދިވެހިރާއްޖެއިން ބޭރުގައި ދިވެހިރައްޔިތަކަށް އުފަންވާ ކުދިންގެ އުފަންވުން ރަޖިސްޓަރީކުރުމާގުޅޭ ގަވާއިދު؛
  2. އުފަންވުމުގެ ރަޖިސްޓަރީ އެކުލަވާލައި ބެލެހެއްޓުމާގުޅޭ ގަވާއިދު؛
  3. އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމާގުޅޭ ގަވާއިދު؛
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ނަންބަރު ދޫކުރުމާއި، ދިވެހިރައްޔިތެއްކަން އަންގައިދޭޭ ކާޑު ހެއްދުމާގުޅޭ ގަވާއިދު؛
  5. ދިވެހިރާއްޖޭގައި މަރުވާ މީހުންގެ މަރު ރަޖިސްޓަރީކުރުމާގުޅޭ ގަވާއިދު؛
  6. މި ގާނޫނުގެ ދަށުން އިދާރާތަކުން އެއްކުރާ މައުލޫމާތު ޑިޕާޓްމަންޓް އޮފް ނޭށަނަލް ރެޖިސްޓްރޭށަނަށް ފޮނުވުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމާގުޅޭ ގަވާއިދު.

(ނ) މި ގާނޫނުގެ ދަށުން ހަދަންޖެހ އެންމެހައި ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ހަދައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

49 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

50 ވަނަ މާއްދާ - އުވާލެވ ގާނޫނާއި ގަވާއިދު

(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ގާނޫނު ނަންބަރު 1992-07 (އުފަންވުން ރަޖިސްޓަރީ ކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމާއި މަރުވާ މީހުންގެ މަރު ސާބިތުކުރުމާބެހޭ ގާނޫނު) އުވުނީއެވެ.

(ށ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ގާނޫނު ނަންބަރު 2008-06 (އާންމު ގަވާއިދުތަކާބެހޭ ގާނޫނު) ގެ ޖަދުވަލު 1 ގައި ހިމެނޭ "ދިވެހިރައްޔިތެއްކަން އަންގައިދޭޭ ކާޑު ހެދުމާބެހޭ ގަވާއިދު" އުވުނީއެވެ.

 

51 ވަނަ މާއްދާ - މާނަކުރުން

މި ގާނޫނުގައި ވަކި ލަފުޒެއް ނުވަތަ އިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު، އެ ލަފުޒެއް ނުވަތަ އިބާރާތަކަށް ދީފައިއެވަނީ، އެ ލަފުޒެއް ނުވަތަ އިބާރާތަކަށް ތިރީގައި ދީފައިއެވާ މާނަކުރުމެވެ.

(ހ) "ރަޖިސްޓަރީކުރުން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި އުފަންވާ ކުއްޖެއްގެ އުފަންވުމުގެ މައުލޫމާތު ނުވަތަ ދިވެހިރާއްޖޭގައި މަރުވާ މީހެއްގެ މަރުގެ މައުލޫމާތު، މި ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ރިކޯޑުކުރުމަށެވެ. ނުވަތަ ދިވެހިރާއްޖެއިން ބޭރުގައި ދިވެހިރައްޔިތަކަށް އުފަންވާ ކުއްޖެއްގެ އުފަންވުމުގެ މައުލޫމާތު ނުވަތަ ދިވެހިރާއްޖެއިން ބޭރުގައި މަރުވާ ދިވެއްސެއްގެ މަރުގެ މައުލޫމާތު މިގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ދިވެހިރާއްޖޭގައި ރިކޯޑުކުރުމަށެވެ.

(ށ) "އުފަންވުން" ކަމަށް ބުނެފައި އެވަނީ، މައިމީހާގެ ބަނޑުގައި ގަރުބަގަތުމަށްފަހުގައި، ދުވަސް ފުރާ ނުވަތަ ދުވަސް ނުފުރާ ވިޔަސް މައިމީހާގެ ހަށިގަނޑުން ނިކުންނަ ނުވަތަ ނެގޭ ފީޓަސް، އެފަދައިން މައިމީހާގެ ހަށިގަނޑުން ނިކުތުމަށްފަހު ނުވަތަ ނެގުމަށްފަހު، ނޭވާލާ ހާލަތަށް ނުވަތަ ހިތުގެ ވިންދު ނުވަތަ އަމްބިލިކަލް ކޯޑުގައި ވިންދު ހުންނަ ހާލަތަށް ނުވަތަ ހަރަކާތްކުރުން ހުންނަ ހާލަތަށެވެ.

(ނ) "އުފަންވުން ރަޖިސްޓަރީކުރުން" ކަމަށް ބުނެފައި އެވަނީ، ކުއްޖަކު އުފަންވުމާ ގުޅިގެން، ފޫޅުމާ ފޯމު މެދުވެރިކޮށް ހުށަހެޅޭ އެ ކުއްޖާގެ އުފަންވުމުގެ މައުލޫމާތު މި ގާނޫނުގެ ދެވަނަ ބާބުގައިވާ ގޮތުގެމަތިން ރިކޯޑުކުރުމަށެވެ.

(ރ) "މަރު ރަޖިސްޓަރީކުރުން" ނުވަތަ "މަރުވުން ރަޖިސްޓަރީކުރުން" ކަމަށް ބުނެފައި އެވަނީ، މީހަކު މަރުވުމާ ގުޅިގެން، އެ މީހާގެ މަރު ސާބިތުކުރުމަށްފަހު އެ މީހާގެ މަރުގެ މައުލޫމާތު މި ގާނޫނުގެ ފަސްވަނަ ބާބުގައިވާ ގޮތުގެމަތިން ރިކޯޑުކުރުމަށެވެ.

(ބ) "ސިއްހީ ހިދުމަތްދޭ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، މީހުން ދިރިއުޅޭ ރަށެއް ނުވަތަ ސިޓީއެއްގައި ސިއްހީ ހިދުމަތް ދިނުމަށް ގާއިމުކުރެވިފައިވާ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒަށެވެ.

(ޅ) "ސިއްހީ މަސައްކަތްތެރިއެއް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2015-13 (ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނު) ގައި ބަޔާންކުރާ ކަމާބެހޭ ސިއްހީ ހިދުމަތުގެ ފަންނުގެ މަސައްކަތްތެރިއަކަށެވެ.

(ކ) "ފޫޅުމާ" ކަމަށް ބުނެފައި އެވަނީ، ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނުގައި ބަޔާންކުރާ މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލުގައި ރަޖިސްޓަރީކޮށް، އެ ކައުންސިލުން ދޫކުރާ ލައިސަންސެއް ނުވަތަ ހުއްދައެއް ލިބިފައިވާ މިޑްވައިފަކަށެވެ.

(އ) "ފޫޅުމާ ފޯމު" ކަމަށް ބުނެފައި އެވަނީ ، ކުއްޖަކު އުފަންވުމުން، އެ ކުއްޖެއްގެ އުފަންވުމާ ގުޅިގެން ރިކޯޑުކުރަންޖެހ މައުލޫމާތު ފުރިހަމަކުރުމަށް ކަނޑައެޅިފައިވާ ފޯމަށެވެ.

(ވ) "ދިވެހިރައްޔިތެއްކަން އަންގައިދޭ ނަންބަރު" ކަމަށް ބުނެފައި އެވަނީ،ވަކި މީހަކީ ކާކުކަން އަންގައިދޭިނުމުގެ ގޮތުން މި ގާނޫނުގެ 20 ވަނަ މާއްދާގެ ދަށުން ދޫކުރާ ހާއްސަ ނަންބަރަށެވެ.

(މ) "ދިވެހިރައްޔިތެއްކަން އަންގައިދޭޭ ކާޑު" ކަމަށް ބުނެފައި އެވަނީ، ވަކި މީހަކީ ދިވެހިރައްޔިތެއްކަން އަންގައިދޭިނުމަށްޓަކައި ދިވެހި ކޮންމެ ރައްޔިތަކަށް މި ގާނޫނުގެ 21 ވަނަ މާއްދާގެ ދަށުން ދޫކުރެވ ކާކުކަން އަންގައިދޭޭ ކާޑު ނުވަތަ ލިޔުމަށެވެ.

(ފ) "މަރު ސާބިތުކުރިކަމުގެ ލިޔުން" ކަމަށް ބުނެފައި އެވަނީ،ދިވެހިރާއްޖޭގައި މީހަކު މަރުވުމުން، އެ މީހާ މަރުވި ގޮތާއި ސަބަބު ބަޔާންކޮށް ކަމާބެހޭ ސިއްހީ ހިދުމަތްދޭ މަރުކަޒަކުން ދޫކުރާ ލިޔުމަށެވެ.

(ދ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އުފަންވުމާގުޅޭ މައުލޫމާތު ރިކޯޑުކުރުމާއި މަރު ސާބިތުކުރުމާގުޅޭ ކަންކަމާގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ތ) "ޑިޕާޓްމަންޓް އޮފް ނޭށަނަލް ރެޖިސްޓްރޭށަން" ނުވަތަ "ޑިޕާޓްމަންޓް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި އުފަންވާ ކުދިންނާއި، މަރުވާ މީހުންގެ މައުލޫމާތު ރަޖިސްޓަރީކުރުން ހިމެނޭ ގޮތުން ސިވިލް ރެޖިސްޓްރޭށަނާގުޅޭ ކަންކަން ބެލެހެއްޓުމުގެ އާންމު ޒިންމާ ހަވާލުކޮށްފައިވާ ސަރުކާރުގެ އިދާރާއަށެވެ.

(ލ) "ކައުންސިލު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ރަށު ކައުންސިލު ނުވަތަ ސިޓީ ކައުންސިލަށެވެ.

(ގ) "ބެލެނިވެރިޔާ" ކަމަށް ބުނެފައި އެވަނީ، ކުއްޖާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ށަރުއީ ބަލަދުވެރިޔާ ނުވަތަ ގާނޫނީ ބެލެނިވެރިޔާއަށެވެ.

(ޏ) "ގާނޫނީ ބެލެނިވެރިޔާ" ކަމަށް ބުނެފައި އެވަނީ، ކުއްޖާގެ މައިންބަފައިން ނުވަތަ ށަރުއީ ބަލަދުވެރިޔަކު ނެތް ހާލަތުގައި ކުއްޖާގެ ބެލެނިވެރިކަން ހަވާލުކުރެވިފައިވާ ފަރާތަށެވެ. އެ ހާލަތުގައިވާ ކުއްޖަކީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުއްޖެއްނަމަ، ގާނޫނީ ބެލެނިވެރިޔާގެ މާނައިގެ ތެރޭގައި ދައުލަތް ހިމެނޭނެެއެވެ.

(ސ) "ދިވެހިރާއްޖޭގެ ސިޓިޒެންށިޕް ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1969-04ޖ (ދިވެހިރާއްޖޭގެ ސިޓިޒެންށިޕް ގާނޫނު) އާއި އެ ގާނޫނަށް ގެނެވޭ އެންމެހައި އިސްލާހުތައް ހިމެނޭ ގޮތުންނެވެ.

(ޑ) "ދިވެހިރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމާބެހޭ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1978-46 (ދިވެހިރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމާބެހޭ ގާނޫނު) އާއި އެ ގާނޫނަށް ގެނެވޭ އެންމެހައި އިސްލާހުތައް ހިމެނޭ ގޮތުންނެވެ.

(ޒ) "ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2015-13 (ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނު) އާއި އެ ގާނޫނަށް ގެނެވޭ އެންމެހައި އިސްލާހުތައް ހިމެނޭ ގޮތުންނެވެ.

(ޓ) "އާއިލާއާބެހޭ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2000-04 (އާއިލާއާބެހޭ ގާނޫނު) އާއި، އެ ގާނޫނަށް ގެނެވޭ އެންމެހައި އިސްލާހުތައް ހިމެނޭ ގޮތުންނެވެ.

 

އުވުނު ގާނޫނު

އުފަންވުން ރަޖިސްޓަރީ ކުރުމާއި އުފަން ދުވަހުގެ ސެޓްފިކެޓް ހެއްދުމާއި، މަރުވާ މީހުންގެ މަރު ސާބިތުކުރުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1992-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު