ކެމިކަލް ހަތިޔާރު މަނާކުރުމުގެ ގާނޫނު
(ގާނޫނު ނަންބަރު 2022-22)
(މި ގާނޫނަށް އަމަލުކުރަން ފެށީ/ފަށާނީ 18 މާޗް 2023 ގައި)
އެއްވަނަ ބާބު
އިބްތިދާއީ މާއްދާތައް
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ދިވެހިރާއްޖޭގައި ކެމިކަލް ހަތިޔާރު ތައްޔާރުކުރުމާއި،އުފެއްދުމާއި، ރައްކާކުރުމާއި، ބޭނުންކުރުން މަނާކުރުމާއި އެތަކެތި ނައްތާލުމުގައި އަމަލުކުރަންޖެހޭ ގޮތްތަކާއި އުސޫލުތައް ކަނޑައަޅައި ބަޔާންކުރުމުގެ ގާނޫނެވެ.
(ށ) މި ގާނޫނަށް ކިޔާނީ "ކެމިކަލް ހަތިޔާރު މަނާކުރުމުގެ ގާނޫނު" އެވެ.
2 ވަނަ މާއްދާ - މަގްސަދު
މި ގާނޫނުގެ މަގްސަދުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ކެމިކަލް ހަތިޔާރާބެހޭ ބައިނަލްއަގްވާމީ މުއާހަދާއާ އެއްގޮތްވާ ގޮތުގެމަތިން އިންސާނުންނަށާއި ތިމާވެއްޓަށް ބޮޑެތި ގެއްލުންދެނިވި ކެމިކަލް ހަތިޔާރު ކަނޑައަޅައި، އެތަކެތި ތައްޔާރުކުރުމާއި އުފެއްދުމާއި ރައްކާކުރުމާއި ބޭނުންކުރުން މަނާކުރުމާގުޅޭ އުސޫލުތައް ކަނޑައެޅުން؛
(ށ) ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ކެމިކަލް ހަތިޔާރާބެހޭ ބައިނަލްއަގްވާމީ މުއާހަދާގެ ދަށުން ދިވެހިރާއްޖޭގެ މައްޗަށް ލާޒިމުކުރާ ޒިންމާތައް ތަންފީޒުކުރުމާގުޅޭ އުސޫލުތައް ބަޔާންކުރުން؛
(ނ) ކެމިކަލް ހަތިޔާރު އުފައްދާ ނުވަތަ ގުދަންކުރާ ނުވަތަ ބޭނުންކުރާ ނުވަތަ އެއްތަނުން އަނެއްތަނަށް ގެންދާ ފަރާތްތަކަށް ހުއްދަ ދިނުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުން؛
(ރ) ކެމިކަލް ހަތިޔާރު އުފައްދައި ނުވަތަ ގުދަންކުރާ ނުވަތަ ބޭނުންކުރާ ތަންތަން ބަލައި ފާސްކުރެވޭނެ ނިޒާމެއް ގާއިމުކޮށް ކެމިކަލް ހަތިޔާރު ނައްތާލުމުގައި އަމަލުކުރާނެ ގޮތްތައް ކަނޑައެޅުން؛
(ބ) މި ގާނޫނުގައި މަނާކޮށްފައިވާ ކަންކަން ކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކުރުން.
3 ވަނަ މާއްދާ - ގާނޫނު ހިނގާނެ ދާއިރާ
އަންނަނިވި ފަރާތްތަކުން ކުރާ ނުވަތަ ނުކޮށް ދޫކޮށްލާ ކަންކަމުގެ މައްޗަށް މި ގާނޫނު ހިނގާނެއެވެ.
(ހ) ދިވެހިރާއްޖޭގެ ސަރަހައްދުގައިވާ ނުވަތަ ބައިނަލްއަގްވާމީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ އިހްތިސާސް ހިނގާ ތަނެއްގައި ހުރި ތަބީއީ ނުވަތަ ގާނޫނީ ކޮންމެ ށަހްސެއް؛
(ށ) ދިވެހިރާއްޖޭގެ ސަރަހައްދުން ބޭރުގައި ވީނަމަވެސް، ބައިނަލްއަގްވާމީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އެ މީހެއްގެ މައްޗަށް ދިވެހިރާއްޖޭގެ އިހްތިސާސް ހިނގާ ދިވެހި ކޮންމެ ރައްޔިތެއް.
4 ވަނަ މާއްދާ - ޖަދުވަލުތަކުގައި ބަޔާންކޮށްފައިވާ ކެމިކަލްގެ ބާވަތްތައް
(ހ) މި ގާނޫނުގެ ޖަދުވަލު 1 ،2 އަދި 3 ގައި ހިމެނޭނީ މުއާހަދާގެ ށެޑިއުލް 1 ،ށެޑިއުލް 2 އަދި ށެޑިއުލް 3 ގައި ބަޔާންކޮށްފައިވާ އަންނަނިވި ކެމިކަލްގެ ބާވަތްތަކެވެ.
- ޖަދުވަލު 1 (މުއާހަދާގެ ށެޑިއުލް 1)؛ މި ޖަދުވަލުގައި ހިމެނެނީ، މުއާހަދާގައި ބަޔާންކޮށްފައިވާ ކެމިކަލްތަކު ގެ ތެރެއިން އެންމެ ނުރައްކާތެރި ކެމިކަލްގެ ބާވަތްތަކެވެ. މި ބާވަތުގެ ކެމިކަލް އުފެއްދޭނީ ނުވަތަ ބޭނުންކުރެވޭނީ ދިރާސާއެއް ކުރުމަށް ނުވަތަ ސިއްހީ ފަރުވާއެއް ކުރުމަށް ނުވަތަ ބޭހުގެ ގޮތުގައި ބޭނުންކުރުމަށް ނުވަތަ ރައްކާތެރިކަމުގެ ފިޔަވަޅެއް އެޅުމުގައި ބޭނުންކުރުމަށެވެ.
- ޖަދުވަލު 2 (މުއާހަދާގެ ށެޑިއުލް 2)؛ މި ޖަދުވަލުގައި ހިމެނެނީ، މުއާހަދާގައި ބަޔާންކޮށްފައިވާ ކެމިކަލްތަކުގެ ތެރެއިން ނުރައްކާތެރި ކެމިކަލްތައް (2A) ގެ ބާވަތްތަކާއި، މުއާހަދާގެ ށެޑިއުލް 1 ގައި ހިމެނޭ ކެމިކަލްގެ ބާވަތްތަކުގެ ނުވަތަ ށެޑިއުލް 2 ގެ 2A ގައި ހިމެނޭ ބާވަތްތަކުގެ ޕްރިކަރސަރ ކެމިކަލް 2B ގެ ބާވަތްތަކެވެ. މި ބާވަތުގެ ކެމިކަލްތަކަކީ ސިނާއީ މަސައްކަތްތަކުގައި މަދު މިންވަރަކަށް ބޭނުންކުރެވޭ ކެމިކަ ލްގެ ބާވަތްތަކެވެ.
- ޖަދުވަލު 3 (މުއާހަދާގެ ށެޑިއުލް 3)؛ މި ޖަދުވަލުގައި ހިމެނެނީ، މުއާހަދާގައި ބަޔާންކޮށްފައިވާ ކެމިކަލްތަކުގެ ތެރެއިން ނުރައްކާތެރި ކެމިކަލްތައް (3A) ގެ ބާވަތްތަކާއި، މުއާހަދާގެ ށެޑިއުލް 1 ގައި ހިމެނޭ ކެމިކަލްގެ ބާވަތްތަކުގެ ނުވަތަ ށެޑިއުލް 2 ގެ 2B ގައި ހިމެނޭ ބާވަތްތަކުގެ ޕްރިކަރސަރ ކެމިކަލް 2B ގެ ބާވަތްތަކެވެ. މި ބާވަތުގެ ކެމިކަލްތަކަކީ ސިނާއީ މަސައްކަތްތަކުގައި ގިނަ އަދަދަކަށް ބޭނުންކުރެވޭ ކެމިކަލްގެ ބާވަތްތަކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއާހަދާ ގެ އެއްވެސް ށެޑިއުލްއަކަށް އިސްލާހެއް ގެނެވިއްޖެނަމަ، އެ އިސްލާހަކާ ގުޅިގެން މި ގާނޫނުގެ ޖަދުވަލުތަކަށް ގެންނަންޖެހޭ ބަދަލުތައް، މުއާހަދާގެ ށެޑިއުލްއަށް އެ އިސްލާހެއް ގެނެވޭތާ ގިނަވެގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި، ދިވެހިސަރުކާރުގެ ގެޒެޓުގައި، ކެމިކަލް ވެޕަންސް ޔުނިޓުން ށާއިއުކުރަންވާނެއެވެ.
ދެވަނަ ބާބު
ކެމިކަލް ވެޕަންސް ޔުނިޓް
5 ވަނަ މާއްދާ - ކެމިކަލް ވެޕަންސް ޔުނިޓް
(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މި ގާނޫނު ތަންފީޒުކުރުމުގެ އެންމެހައި ކަންކަން ކުރުމަށްޓަކައި ، މިނިސްޓްރީގެ ހާއްސަ ޔުނިޓެއް "ކެމިކަލް ވެޕަންސް ޔުނިޓް" ގެ ނަމުގައި އުފެދުނީއެވެ.
(ށ) ކެމިކަލް ވެޕަންސް ޔުނިޓް ހިނގާނީ މިނިސްޓްރީގެ ދަށުން މިނިސްޓަރަށް ޖަވާބުދާރީވާ ގޮތަށެވެ. އަދި އެ ޔުނިޓުގެ ހިންގުމުގެ ކަންކަމަށް ޒިންމާވާނެ ފަރާތެއް މި ގާނޫނަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި މިނިސްޓަރު އައްޔަންކުރަންވާނެއެވެ.
(ނ) ކެމިކަލް ވެޕަންސް ޔުނިޓުގެ މަސައްކަތްތައް ހިނގާނެ ގޮތުގެ ތަފް ސީލު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން އުފެދޭ ކެމިކަލް ވެޕަންސް ޔުނިޓުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ އިދާރީ އަދި މާލީ އިންތިޒާމްތައްމިނިސްޓަރު ހަމަޖައްސަންވާނެއެވެ.
6 ވަނަ މާއްދާ - ކެމިކަލް ވެޕަންސް ޔުނިޓުގެ މަސްއޫލިއްޔަތުތައް
ކެމިކަލް ވެޕަންސް ޔުނިޓުގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) މި ގާނޫނުގެ ތިންވަނަ ބާބުގެ ދަށުން ދޫކުރަންޖެހޭ ލައިސަންސްތަކާއި ރަޖިސްޓްރޭށަންތައް މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ދޫކުރުން؛
(ށ) މުއާހަދާއާ ގުޅިގެން ދިވެހިރާއްޖޭގެ ފަރާތުން ތަންފީޒުކުރަންޖެހޭ ކަންކަން ތަންފީޒުކުރުމަށްޓަކައި ގައުމީ ފެންވަރުގެ ޕްރޮގްރާމެއް އެކުލަވާލުމުގައި ކަމާގުޅޭ އިދާރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، އެކަންކަމާ ގުޅޭގޮތުން އޯގަނައިޒޭށަން ފޮރ ދަ ޕްރޮހިބިށަން އޮފް ކެމިކަލް ވެޕަންސް (އޯގަނައިޒޭށަން) އަށް ގަވާއިދުން ފޮނުވަންޖެހޭ ރިޕޯޓުތައް ފޮނުވުން؛
(ނ) މުއާހަދާގެ މަގްސަދުތައް ހާސިލުކުރުމަށް ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގެ ފަންނީ މާހިރުންނާއި ތަޖުރިބާކާރުންގެ ލަފައާއި އެހީތެރިކަން ހޯދުން؛
(ރ) މުއާހަދާގެ ދަށުން ދިވެހި ދައުލަތުގެ މައްޗަށް ލާޒިމުވާ އެންމެހައި ވާޖިބުތައް އަދާކުރުން؛
(ބ) ކެމިކަލް ހަތިޔާރާބެހޭ ދިވެހިރާއްޖޭގެ ގައުމީ ވިލަރެސްވެރިޔާގެ ހައިސިއްޔަތުން، މުއާހަދާގައި ސޮއިކޮށްފައިވާ އެހެނިހެން ގައުމުތަކާ އެކުގައި މަސައްކަތްކުރުން؛
(ޅ) މުއާހަދާގެ ދަށުން، އޯގަނައިޒޭށަނާއި މުއާހަދާގައި ސޮއިކޮށްފައިވާ އެހެނިހެން ގައުމުތަކަށް ފޯރުކޮށްދޭންޖެހޭ ނުވަތަ ހިއްސާކުރަންޖެހޭ މައުލޫމާތުތައް ފޯރުކޮށްދިނުން ނުވަތަ ހިއްސާކުރުން؛
(ކ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދު ގައި ކަނޑައަޅާ އުސޫލުތަކާއި ނިޒާމުތައް ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ރާވައި ބެލެހެއްޓުން؛
(އ) ދިވެހިރާއްޖެއާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކުރުމުން، ނުވަތަ ދިވެހިރާއްޖެއާ ދެކޮޅަށް އެފަދަ ހަތިޔާރެއް ބޭނުންކޮށްފާނެކަމުގެ ބިރު އޮތް ހާލަތެއްގައި، މުއާހަދާ ތަސްދީގުކޮށްފައިވާ އެހެން ގައުމެއްގެ އެހީތެރިކަމާއި ރައްކާތެރިކަން ހޯދުން ނުވަތަ އެފަދަ ހާލަތެއްގައިވާ އެހެން ގައުމަކުން އެދޭ އެހީތެރިކަމާއި ރައްކާތެރިކަން އެ ގައުމަކަށް ފޯރުކޮށްދިނުން؛
(ވ) މި ގާނޫނުގެ ދަށުން ކަނޑައަޅާ ދިވެހިރާއްޖޭގެ އިންސްޕެކްޓަރުންނަށް ތަމްރީނު ދިނުން؛
)މ( މުއާހަދާގެ ދަށުން އޯގަނައިޒޭށަނަށް ފޮނުވަންޖެހޭ ރިޕޯޓުތަކާއި އަހަރީ ރިޕޯޓުތަކަށް ބޭނުންވާނެ މައުލޫމާތުތައް އެއްކުރުން؛
(ފ) މި ގާނޫނުގެ ޖަދުވަލުތަކު ގައި ބަޔާންކުރާ ނުރައްކާތެރި ކެމިކަލް ތަކާއި އޭގެ ޕްރިކަރސަރއާއި، މި ގާނޫނުގައި ބަޔާންކޮށްފައިވާ ޑިސްކްރީޓް އޯރގަނިކް ކެމިކަލްތަކާ ގުޅޭގޮތުން މުއާހަދާގެ މަގްސަދު ހާސިލުކުރުމަށް އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އުސޫލުތަކާއި އޮނިގަނޑުތައް އެކުލަވާލުން؛
(ދ) ދިވެހިރާއްޖޭގައި މުއާހަދާ ތަންފީޒުކުރަމުންދާ ގޮތް މޮނިޓަރކުރުން؛
(ތ) މި ގާނޫނުގެ ދަށުން ބަލައި ފާސްކުރަންޖެހޭ ފެސިލިޓީތައް ބަލައި ފާސްކުރުން؛
(ލ) ބައިނަލްއަގްވާމީ އިންސްޕެކްޓަރުން ކުރިއަށްގެންދާ ބަލައި ފާސްކުރުމުގެ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުން؛
(ގ) މި ގާނޫނާއި މުއާހަދާއަށް އަމަލުކުރުމަށްޓަކައި ކެމިކަލް ވެޕަންސް ޔުނިޓުން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.
7 ވަނަ މާއްދާ - ކެމިކަލް ވެޕަންސް ޔުނިޓުގެ ބާރުތައް
މި ގާނޫނުގެ ދަށުން ކެމިކަލް ވެޕަންސް ޔުނިޓަށް އަންނަނިވި ބާރުތައް ލިބިގެންވެއެވެ.
(ހ) މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އެއްވެސް ފަރާތަކުން އަމަލުކުރަމުން ނުދާކަމަށް ނުވަތަ މި ގާނޫނުގެ ދަށުން އަދާކުރަންޖެހޭ ޒިންމާއެއް އެ ފަރާތަކުން އަދާކުރަމުން ނުދާކަމަށް ކެމިކަލް ވެޕަންސް ޔުނިޓަށް ފެނިއްޖެ ހިނދެއްގައި، ކުރިއަށްގެންދަންޖެހޭ ބަލައި ފާސްކުރުންތައް ކުރިއަށްގެންދިއުމާއި އެ ގޮތުން ބަލައި ފާސްކުރުމުގައި ހިފަހައްޓަންޖެހޭ އެއްޗެހި ހިފެހެއްޓުމާއި ސާމްޕަލް ނެގުން؛
(ށ) މި ގާނޫނާ ހިލާފަށް އެތެރެކޮށް ނުވަތަ ބޭނުންކުރަމުންދާ ތަކެތި ބޭނުންކުރުން މަނާކުރުމާއި، އެތަކެތި ނައްތާލުމަށް އެންގުމާއި ނައްތާލުން؛
(ނ) ވަކި ފަރާތެއްގެ ކިބައިގައިވާ، މުއާހަދާއަށް ދިވެހިރާއްޖެއިން އަމަލުކުރުމަށްޓަކައި ބޭނުންވާ ކަމަށް އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ކެމިކަލް ވެޕަންސް ޔުނިޓަށް ގަބޫލުކުރެވޭ ކޮންމެ މައުލޫމާތެއް ފޯރުކޮށްދިނުމަށް އެ ފަރާތެއްގެ ކިބައިން އެދުން؛
(ރ) ނުރައްކާތެރި ކެމިކަލްތައް ނުވަތަ އޭގެ ޕްރިކަރސަރތައް ގެންގުޅޭ ލެބޯޓަރީތަކުގެ މައުލޫމާތު އޯގަނައިޒޭށަނަށް ފޯރުކޮށްދިނުމާއި ވިލަރެސްކުރުން؛
(ބ) މުއާހަދާގެ ދަށުން ހުއްދަކުރެވިފައިވާ ބޭނުމަކަށް، މި ގާނޫނުގެ ޖަދުވަލު 1 ގައި ބަޔާންކުރާ ކެމިކަލް ކޮންޓްރޯލްކުރުމާއި، މި ގާނޫނުގެ ޖަދުވަލު 2 އަދި 3 ގައި ބަޔާންކޮށްފައިވާ ކެމިކަލް ނުވަތަ އޭގެ ޕްރިކަރސަރ އުފައްދައި، ނުވަތަ ލިބިގަނެ، ނުވަތަ ބަލައިގަނެ، ނުވަތަ ބަހައްޓައި،ނުވަތަ އެއްތަނުން އަނެއްތަނަށް އުފުލާނެ ނުވަތަ ބޭނުންކުރާނެ މިންވަރު ކަނޑައެޅުން.
8 ވަނަ މާއްދާ - މައުލޫމާތު ފޯރުކޮށްދި ނުމަށް އެދުމުގެ ބާރު
(ހ) މި ގާނޫނުގެ ޖަދުވަލު 2 އަދި 3 ގައި ބަޔާންކޮށްފައިވާ ކެމިކަލްތައް ނުވަތަ އެފަދަ ކެމިކަލްތަކުގެ ޕްރިކަރސަރ ކެމިކަލްތަކާއި، މި ގާނޫނުގެ ޖަދުވަލުތަކު ގައި ބަޔާންކޮށްފައިނުވާ ޑިސްކްރީޓް އޯރގަނިކް ކެމިކަލްތަކާ އި، ކެމިކަލް ހަތިޔާރާއި، ކެމިކަލް އުފައްދާ ފެސިލިޓީތައް އަދި ރަޔަޓް ކޮންޓްރޯލް އެޖެންޓްސްއާ ގުޅޭގޮތުން، އެތަކެތި ދިވެހިރާއްޖެއަށް އެތެރެކުރާ، ނުވަތަ ދިވެހިރާއްޖެއިން އެކްސްޕޯޓްކުރާ ނުވަތަ ފޯރުކޮށްދޭ، ސަރުކާރުގެ މުއައްސަސާއަކުން ނުވަތަ އަމިއްލަ ފަރާތަކުން އެފަދަ މުއާމަލާތްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް އެންގުމުގެ ބާރު ކެމިކަލް ވެޕަންސް ޔުނިޓަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކެމިކަލް ވެޕަންސް ޔުނިޓުން އަންގާ އެންގުމަކަށް އަމަލުކުރުމުގައި، އެއްވެސް ފަރާތަކުން ސައްހަ ނޫން މައުލޫމާތެއް ނުވަތަ ބަޔާނެއް ކެމިކަލް ވެޕަންސް ޔުނިޓަށް ހުށަހެޅުމަކީ މަނާކަމެކެވެ.
ތިންވަނަ ބާބު
ލައިސަންސް ދޫކުރުމާގުޅޭ އުސޫލުތައް
9 ވަނަ މާއްދާ - ޖަދުވަލު 1 ގައިވާ ކެމިކަލް
މި ގާނޫނުގެ ދަށުން ހުއްދަކުރެވިފައިވާ ބޭނުމަކަށް އަދި މި ގާނޫނުގެ ދަށުން ކެމިކަލް ވެޕަންސް ޔުނިޓުން ދޫކޮށްފައިވާ ލައިސަންސްއާ އެއްގޮތްވާ ގޮތުގެމަތިން މެނުވީ، މި ގާނޫނުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ކެމިކަލެއް އުފެއްދުން ނުވަތަ ހޯދުން ނުވަތަ ބެހެއްޓުން ނުވަތަ އެއްތަނުން އަނެއްތަނަށް ގެންދިއުމަކީ ނުވަތަ ބޭނުންކުރުމަކީ މަނާކަމެކެވެ.
10 ވަނަ މާއްދާ - ޖަދުވަލު 2 އަދި 3 ގައި ހިމެނޭ ކެމިކަލްތަކާއި ޖަދުވަލުތަކުގައި ހިމަނާފައިނުވާ ޑިސްކްރީޓް އޯރގަނިކް ކެމިކަލް
(ހ) މި ގާނޫނުގެ ޖަދުވަލު 2 އަދި 3 ގައި ހިމެނޭ ކެމިކަލްތަކާއި މި ގާނޫނުގެ ޖަދުވަލުތަކު ގައި ހިމެނިފައިނުވާ ޑިސްކްރީޓް އޯރގަނިކް ކެމިކަލްތަކާ ގުޅިގެން މި ގާނޫނުގެ ދަށުން ކެމިކަލް ވެޕަންސް ޔުނިޓުން ދޫކުރާ ލައިސަންސްގައި ބަޔާންކުރާ ށަރުތުތަކާ އެއްގޮތަށް މެނުވީ އަންނަނިވި ކަންކަން ކުރުމަކީ މަނާކަމެކެވެ.
- ހުއްދަކުރެވިފައިވާ ބޭނުމަކަށް އަހަރަކު 1 (އެކެއް) ކިލޯގްރާމަށްވުރެ ގިނައިން މި ގާނޫނުގެ ޖަދުވަލު 2 ގެ 2Aގައި '*' އިން ފާހަގަކޮށްފައިވާ ކެމިކަލް އުފެއްދުން ނުވަތަ ޕްރޮސެސްކުރުން ނުވަތަ ބޭނުންކުރުން؛
- ހުއްދަކުރެވިފައިވާ ބޭނުމަކަށް އަހަ ރަކު 100 (ސަތޭކަ) ކިލޯގްރާމަށްވުރެ ގިނައިން މި ގާނޫނުގެ ޖަދުވަލު 2 ގެ 2Aގައިވާ އެހެން ކެމިކަލް އުފެއްދުން، ޕްރޮސެސްކުރުން ނުވަތަ ބޭނުންކުރުން؛
- ހުއްދަކުރެވިފައިވާ ބޭނުމަކަށް އަހަރަކު 1 (އެކެއް) ޓަނަށްވުރެ ގިނައިން މި ގާނޫނުގެ ޖަދުވަލު 2 ގެ 2B ގައިވާ ކެމިކަލް އުފެއްދުން، ޕްރޮސެސްކުރުން ނުވަތަ ބޭނުންކުރުން؛
- ހުއްދަކުރެވިފައިވާ ބޭނުމަކަށް އަހަރަކު 30 (ތިރީސް) ޓަނަށްވުރެ ގިނައިން މި ގާނޫނުގެ ޖަދުވަލު 3 ގައިވާ ކެމިކަލް އުފެއްދުން؛
- 200 (ދުއިސައްތަ) ޓަނަށްވުރެ ގިނައިން މި ގާނޫނުގެ ޖަދުވަލެއްގައި ހިމެނިފައިނުވާ ޑިސްކްރީޓް އޯރގަނިކް ކެމިކަލް ނުވަތަ ޖަދުވަލެއްގައި ހިމެނިފައިނުވާ ޑިސްކްރީޓް އޯރގަނިކް ކެމިކަލްގެ ތެރެއިން ފޮސްފަރަސް، ސަލްފަރ ނުވަތަ ފްލޯރިންގެ ބައިތައް ހިމެނޭ ކެމިކަލް 30 (ތިރީސް) ޓަނަށްވުރެ ގިނައިން ސިންތަސިސް މެދުވެރިކޮށް އުފެއްދުން.
(ށ) ހުއްދަކުރެވިފައިވާ ބޭނުމަކަށް، ހިނގަމުންދާ އަހަރުން ފެށިގެން ވޭތުވެދިޔަ 3 (ތިނެއް) އަހަރު ދުވަހުގެ ތެރޭގައި، މި ގާނޫނުގެ ޖަދުވަލު 2 ގައިވާ ކެމިކަލެއް އަންނަނިވި މިންވަރަށް އުފައްދައި،ނުވަތަ ޕްރޮސެސްކޮށް ނުވަތަ ބޭނުންކޮށްފައިވާނަމަ، އެ ފަރާތަކުން މި ގާނޫނުގައިވާ ގޮތުގެމަތިން ލައިސަންސް ހޯދަންވާނެއެވެ.
- މި ގާނޫނުގެ ޖަދުވަލު 2 ގެ 2A ގައި '*' އިން ފާހަގަކޮށްފައިވާ ކެމިކަލެއްގެ 1 (އެކެއް) ކިލޯގްރާމް؛
- މި ގާނޫނުގެ ޖަދުވަލު 2 ގެ 2A ގައި ހިމެނޭ އެހެން ކެމިކަލެއްގެ 100 (ސަތޭކަ) ކިލޯގްރާމް؛
- މި ގާނޫނުގެ ޖަދުވަލު 2 ގެ 2B ގައި ހިމެނޭ ކެމިކަލެއްގެ
1 (އެކެއް) ޓަނު.
(ނ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާއި (4) ވަނަ ނަންބަރާއި (5) ވަނަ ނަންބަރު އެހެން އޮތްނަމަވެސް، އެއްވެސް އެހެން އެއްޗެއް އުފެއްދުމާއި، ޕްރޮސެސްކުރުމާއި، ބޭނުންކުރުމުގައި އެއްކުރާ ކެމިކަލްތަކުގައި %30 (ތިރީސް އިންސައްތަ) ނުވަތަ އެއަށްވުރެ މަދުން މި ގާނޫނުގެ ޖަދުވަލު 2 ގެ 2B ގައި ހިމެނޭ ކެމިކަލެއް ނުވަތަ ޖަދުވަލު 3 ގެ ކެމިކަލެއް ހިމެނޭނަމަ، މި ގާނޫނުގެ ދަށުން ލައިސަންސް ހޯދާކަށް ނުޖެހޭނެއެވެ.
11 ވަނަ މާއްދާ - ކެމިކަލް އިމްޕޯޓްކުރުމާއި އެކްސްޕޯޓްކުރުން
މި ގާނޫނުގެ ޖަދުވަލުތަކުގައި ބަޔާންކޮށްފައިވާ ކެމިކަލެއް ދިވެހިރާއްޖެއަށް އިމްޕޯޓްކުރެވޭނީ ނުވަތަ އެކްސްޕޯޓްކުރެވޭނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކެމިކަލް ވެޕަންސް ޔުނިޓުން ދޫކުރާ ލައިސަންސް ހޯދުމަށްފަހު އެ ލައިސަންސްގައި ބަޔާންކުރާ ށަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
12 ވަނަ މާއްދާ - ލައިސަންސް ދޫކުރުން
(ހ) މި ގާނޫނުގެ 9 ވަނަ މާއްދާއާއި، 10 ވަނަ މާއްދާ އަދި 11 ވަނަ މާއްދާގައި ބަޔާންކުރާ ލައިސަންސް ހޯދުމަށް އެދި ހުށަހަޅާނީ ކެމިކަލް ވެޕަންސް ޔުނިޓަށެވެ. އަދި އެގޮތުން ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެންމި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ފީ ނެގުމުގެ ބާރު އެ ޔުނިޓަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ލައިސަންސް ދޫކުރުމާއި، އެ ލައިސަންސް ދޫކުރުމުގައި ރިއާޔަތްކުރާނެ ކަންކަމާއި، ލައިސަންސްގެ މުއްދަތާއި،ލައިސަންސްގެ ށަރުތުތަކާއި، ލައިސަންސް ސަސްޕެންޑްކުރެވޭނެ، ނުވަތަ ބާތި ލުކު ރެވޭނެ، ނުވަތަ މުއްދަތު އިތުރުކުރެވޭނެ ހާލަތްތަކާއި، އެކަންކަމާގުޅޭ އިޖުރާ އަތު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
13 ވަނަ މާއްދާ - ލައިސަންސް ދޫކުރާ ފަރާތްތައް މަސްލަހަތު ފުށުއެރުމުން އެއްކިބާވުން
މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ލައިސަންސް ދޫކުރުމުގެ މަސައްކަތަށް ކަނޑައަޅާފައިވާ އެއްވެސް މުވައްޒަފަކު، ކެމިކަލް ހަތިޔާރާބެހޭ ތަނެއްގައި މަސައްކަތްކުރުމާއި އެފަދަ ތަނެއް ހިންގުމާއި، އެފަދަ ތަނެއްގެ ހިއްސާދާރަކަށްވުމާއި، އަދި އެފަދަ ތަނަކަށް ލަފާދިނުން،ކެމިކަލް ވެޕަންސް ޔުނިޓުގައި އެ ފަރާތަކުން ކުރާ މަސައްކަތާ ގުޅިގެން މަސްލަހަތު ފުށުއަރާ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.
14 ވަނަ މާއްދާ - ރަޖިސްޓަރީކުރުން
(ހ) މި ގާނޫނުގެ ޖަދުވަލު 2 ނުވަތަ ޖަދުވަލު 3 ގައިވާ ކެމިކަލެ އް ނުވަތަ މި ގާނޫނުގެ ޖަދުވަލެއްގައި ހިމެނިފައިނުވާޑިސްކްރީޓް އޯރގަނިކް ކެމިކަލެއް މި ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ މިންވަރަށްވުރެ އިތުރަށް އުފައްދައި، ޕްރޮސެސްކޮށް، ބޭނުންކު ރެވޭނީ ކެމިކަލް ވެޕަންސް ޔުނިޓުގައި ރަޖިސްޓަރީވުމަށްފަހުގައެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކެމިކަލް ވެޕަންސް ޔުނިޓުގައި ރަޖިސްޓަރީވުމާގުޅޭ އިޖުރާއަތު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
15 ވަނަ މާއްދާ - ހުއްދަކުރެވިފައިވާ ބޭނުން
މި ގާނޫނުގެ ބޭނުމަށްޓަކައި ހުއްދަކުރެވިފައިވާ ބޭނުންތައް ކަމަށް ބުނެފައި އެވަނީ އަންނަނިވި ކަންކަމަށެވެ.
(ހ) މި ގާނޫނުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ އެންމެ ނުރައްކާތެރި ކެމިކަލްތަކުގެ ބާވަތްތައް އަންނަނިވި ބޭނުންތަކަށް:
- ދިރާސާއެއް ކުރުމަށް؛
- ސިއްހީ ފަރުވާއެއް ކުރުމަށް؛
- ބޭހުގެ ގޮތުގައި ބޭނުންކުރުމަށް؛
- ރައްކާތެރިކަމުގެ ފިޔަވަޅެއް އެޅުމުގައި ބޭނުންކުރުމަށް.
(ށ) މި ގާނޫނުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ އެންމެ ނުރައްކާތެރި ކެމިކަލްތަކުގެ ބާވަތްތައް ފިޔަވައި އެނޫން ޖަދުވަލުތަކުގައި ބަޔާންކޮށްފައިވާ ނުރައްކާތެރި ކެމިކަލްތަކާއި ޕްރިކަރސަރ ކެމިކަލްތައް އަންނަނިވި ބޭނުންތަކަށް:
- ސިނާއީ ނުވަތަ ދަނޑުވެރިކަމުގެ ދާއިރާގެ މަސައްކަތްތަކަށް؛
- ދިރާސާއެއް ކުރުމަށް؛
- ސިއްހީ ފަރުވާއެއް ކުރުމަށް؛
- ބޭހުގެ ގޮތުގައި ބޭނުންކުރުމަށް؛
- ރައްކާތެރިކަމުގެ ފިޔަވަޅެއް އެޅުމުގައި ބޭނުންކުރުމަށް. ހާއްސަކޮށް ނުރައްކާތެރި ކެމިކަލްތަކުންނާއި ކެމިކަލް ހަތިޔާރުތަކުން ރައްކާތެރިވުމާގުޅޭ ބޭނުންތަކަށް؛
- ކެމިކަލް ހަތިޔާރު ނުވަތަ ކެމިކަލްތަކުގެ ވިހަ މާއްދާތައް ބޭނުންކުރުމާ އެއްވެސް ގުޅުމެއް ނެތް ހަނގުރާމައިގެ ބޭނުންތަކަށް؛
- ސަލާމަތީ ހިދުމަތްތަކުން ގާނޫނު ތަންފީޒުކުރުމާގުޅޭ ބޭނުންތަކަށް؛
- އެނޫންވެސް ސުލްހަވެރި ބޭނުންތަކަށް.
ހަތަރު ވަނަ ބާބު
މައުލޫމާތު ހާމަކުރުމާއި ފޯރުކޮށްދިނުން
16 ވަނަ މާއްދާ - މައުލޫމާތު ފޯރުކޮށްދިނުން
އަންނަނިވި ފަރާތްތަކުން ، މި ގާނޫނުގައި ބަޔާންކޮށްފައިވާ ކެމިކަލްތަކާ ގުޅޭގޮތުން ހިންގާ ހަރަކާތްތަކާއި، ޑިސްކްރީޓް އޯރގަނިކް ކެމިކަލްތައް އުފައްދާ ފެސިލިޓީތަކުގެ މައުލޫމާތު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބަލަހައްޓައި، ކެމިކަލް ވެޕަންސް ޔުނިޓަށް ކޮންމެ އަހަރަކު ފޮނުވަންވާނެއެވެ.
(ހ) މި ގާނޫނުގައި ބަޔާންކޮށްފައިވާ އެއްވެސް ކެމިކަލަކާ ގުޅުންހުރި ހަރަކާތެއް ހިންގާ ކޮންމެ ފަރާތެއް؛
(ށ) އަހަރަކު 200 (ދުއިސައްތަ) ޓަނަށްވުރެ ގިނައިން އެއްވެސް ކެމިކަލެއް ނުވަތަ ޑިސްކްރީޓް އޯރގަނިކް ކެމިކަލެއް އުފައްދާ ފަރާތްތައް؛ އަދި
(ނ) އަހަރަކު 30 (ތިރީސް) ޓަނަށްވުރެ ގިނައިން މި ގާނޫނުގެ ޖަދުވަލުތަކުގައި ބަޔާންކޮށްފައިނުވާ ފޮސްފަރަސް، ސަލްފަރ ނުވަތަ ފްލޮރިން އެކުލެވޭ އެއްވެސް ޑިސްކްރީޓް އޯރގަނިކް ކެމިކަލެއް އުފައްދާ ފަރާތްތައް.
17 ވަނަ މާއްދާ - އޯގަނައިޒޭށަނަށް ހާމަކުރަންޖެހޭ މައުލޫމާތު
(ހ) މި ގާނޫނު ތަންފީޒުކުރުމުގެ ގޮތުން، ދިވެހިރާއްޖެއިން އޯގަނައިޒޭށަން ފޮރ ދަ ޕްރޮހިބިށަން އޮފް ކެމިކަލް ވެޕަންސްއަށް ހާމަކުރަންޖެހޭ މައުލޫމާތުތައް ފޮނުވުމަށްޓަކައި، ކެމިކަލް ވެޕަންސް ޔުނިޓުން މައުލޫމާތެއް ސާފުކުރުމަށް ނުވަތަ ފޯރުކޮށްދިނުމަށް އެއްވެސް ފަރާތެއްގެ ކިބައިން އެދެފިނަމަ ނުވަތަ އެއްވެސް ފަރާތަކަށް އަންގައިފިނަމަ، އެ މައުލޫމާތެއް ފޯރުކޮށްދޭންވާނެއެވެ.
(ށ) މި ގާނޫނުގެ ޖަދުވަލުތަކުގައި ބަޔާންކޮށްފައިވާ ކެމިކަލްތަކާ ގުޅޭގޮތުން ނުވަތަ އެ ކެމިކަލްތަކުގެ ޕްރިކަރސަރތަކާ ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ އެންމެހައި މައުލޫމާތުތަކާއި ރިޕޯޓުތައް އަދި ޑިސްކްރީޓް އޯރގަނިކް ކެމިކަލްތައް އުފެއްދުމާ ގުޅޭގޮތުން އޯގަނައިޒޭށަން ފޮރ ދަ ޕްރޮހިބިށަން އޮފް ކެމިކަލް ވެޕަންސްއަށް ފޮނުވުމަށް މުއާހަދާއިން ލާޒިމުކުރާ އެންމެހައި މައުލޫމާތުތަކާއި ރިޕޯޓުތައް މުއާހަދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ތައްޔާރުކޮށް، އެ އޯގަނައިޒޭށަނަށް ކެމިކަލް ވެޕަންސް ޔުނިޓުން ފޮނުވަންވާނެއެވެ.
18 ވަނަ މާއްދާ - މައުލޫމާތުގެ ސިއްރު ހިފެހެއްޓުން
(ހ) މި ގާނޫނުގެ ދަށުން އެއްކުރެވޭ ނުވަތަ ހޯދޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކުން، މި ގާނޫނާ ހިލާފަށް، ސީދާކޮށް ނުވަތަ ނުސީދާކޮށް ނަމަވެސް އެއްވެސް ފަރާތަކަށް، އެ މައުލޫމާތެއް ނިސްބަތްވާ ފަރާތުގެ ހުއްދަ ނެތި، ހާމަކޮށްގެން ނުވާނެއެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މި ގާނޫނު ތަންފީޒުކުރުމުގެ ގޮތުން، އާންމު މަސްލަހަތާގުޅޭ އެމަރޖެންސީ ހާލަތެއްގައި ނުވަތަ މުއާހަދާގެ ދަށުން ދިވެހިރާއްޖެއިން އޯގަނައިޒޭށަނަށް ހާމަކުރަންޖެހޭ މައުލޫމާތު ހާމަކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
(ނ) މި މާއްދާއާ ހިލާފުވެއްޖެ ފަރާތެއްގެ އަދަބަކީ، އެ ކުރި އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި 200000 (ދެލައްކަ) ރުފިޔާ އިން ފެށިގެން 400000 (ހަތަރުލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ނުވަތަ 3 (ތިނެއް) އަހަރު ދުވަހާއި 10 (ދިހައެއް) އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
ފަސްވަނަ ބާބު
ބަލައި ފާސްކުރުން
19 ވަނަ މާއްދާ - ބަލައި ފާސްކުރެވޭނެ ގޮތްތައް
މި ގާނޫނުގެ މަގްސަދު ހާސިލުކުރުމަށްޓަކައި އަންނަނިވި ދެ ގޮތުންކުރެ ގޮތަކަށް މި ގާނޫނުގެ ޖަދުވަލުތަކުގައިވާ ކެމިކަލް ބޭނުންކުރާ ނުވަތަ ކެމިކަލް ހަތިޔާރު ގެންގުޅޭ ނުވަތަ އުފައްދާ ނުވަތަ ރައްކާކުރާ ތަންތަން ބަލައި ފާސްކުރެވިދާނެއެވެ.
(ހ) ދިވެހިރާއްޖޭގެ އިންސްޕެކްޓަރުން މެދުވެރިކޮށް ބަލައި ފާސްކުރުން؛
(ށ) އޯގަނައިޒޭށަން ފޮ ރ ދަ ޕްރޮހިބިށަން އޮފް ކެމިކަލް ވެޕަންސްއާއި ދިވެހިރާއްޖެއާ ދެމެދު ސޮއިކުރެވޭ ފެސިލިޓީ އެއްބަސްވުމާ އެއްގޮތަށް ބައިނަލްއަގްވާމީ އިންސްޕެކްޓަރުން މެދުވެރިކޮށް ބަލައި ފާސްކުރުން.
20 ވަނަ މާއްދާ - ބަލައި ފާސްކުރުމުގެ ބާރު
މި ގާނޫނު ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދު ތަންފީޒުކުރުމުގެ ބޭނުމަށްޓަކައި، ތަނެއް ބަލައި ފާސްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ކެމިކަލް ވެޕަންސް ޔުނިޓަށް ފެނިއްޖެ ހިނދެއްގައި، އެ ތަނެއްގައި ކަނޑައަޅާފައިވާ ސަލާމަތާއި ރައްކާތެރިކަމުގެ އިޖުރާއަތުތަކާ އެއްގޮތަށް އެފަދަ ތަންތަން ބަލައި ފާސްކުރުމުގެ ގޮތުން އަންނަނިވި ކަންކަން ކުރުމުގެ ބާރު އެ ޔުނިޓަށް ލިބިގެންވެއެވެ.
(ހ) ތަންތަނަށް ވަދެ ބަލައި ފާސްކުރުން؛
(ށ) ތަކެތި ތަހްލީލުކޮށް އެތަކެތީގެ ސާމްޕަލްނެގުން؛
(ނ) ތަކެތި މިންކުރުން؛
(ރ) ލިޔެކިޔުން ބަލައި، ބޭނުންވާ ލިޔެކިޔުން ނަކަލުކޮށް ލިޔެ ކިޔުން ގެނައުން؛
(ބ) ލިޔެކިޔުމުގެ ނުވަތަ ލިޔެކިޔުމުގެ ބައެއްގެ ކޮޕީ ހެއްދުން؛
(ޅ) ބަލައި ފާސްކުރާ ތަނުގައި މަސައްކަތްކުރާ ފަރާތްތަކާ އިންޓަރވިއުކުރުމާއި އެ އިންޓަރވިއުތައް ރެކޯޑުކުރުން؛
(ކ) އިލެކްޓްރޯނިކް އާލާތްތައް ހިމެނޭގޮތުން ބަލައި ފާސްކުރާ ތަނުގައި ބޭނުންކުރާ އާލާތްތައް އޮޕަރޭޓުކުރުން؛
(އ) ފޮޓޯނެގުމާއި، ވީޑިއޯކޮށް ރެކޯޑުކުރުން؛
(ވ) ބަލައި ފާސްކުރާ ތަނަށް ވަދެވޭނެ ފަރާތްތަކާއި އުޅަނދުފަހަރު ކޮންޓްރޯލްކުރުން ހިމެނޭގޮތުން މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން އަވަސް ކުރުމުގެ ގޮތުން ކުރަންޖެހޭ އެހެނިހެން ކަންކަން ކުރުން.
21 ވަނަ މާއްދާ - ބަލައި ފާސްކުރުމުގެ ކޯޓު އަމުރު ހޯދުން
(ހ) މި ގާނޫނުގެ 20 ވަނަ މާއްދާ އެހެން އޮތްނަމަވެސް، ބަލައި ފާސްކުރުމަށް ތަނަކަށް ވަނުމަށް، އެ ތަނެއްގެ ވެރިފަރާތުން ނުވަތަ އެ ތަން ހިންގާ ފަރާތުން ހުއްދަ ނުދީފިނަމަ، ކެމިކަލް ވެޕަންސް ޔުނިޓުން މި ގާނޫނުގެ ދަށުން އަދާކުރަންޖެހޭ ވާޖިބު އަދާކުރުމަށް އެ ތަނަކަށް ވަންނަންވާނީ، ކޯޓު އަމުރެއްގެ ދަށުންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ އަމުރެއް ނެރެދިނުމަށް ކަމާބެހޭ ކޯޓަކަށް ހުށަހެޅިއްޖެނަމަ، އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއްގައި ކޯޓުން އެފަދަ އަމުރެއް ނެރެދެވިދާނެއެވެ.
- ބަލައި ފާސްކުރަން ބޭނުންވާ ތަނަކަށް ވަނުމަކީ، އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބަލާއިރު، މި ގާނޫނުގެ ދަށުން ކެމިކަލް ވެޕަންސް ޔުނިޓުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ކޯޓަށް ގަބޫލުކުރެވުން؛
- އެ ތަނަކަށް ވަދެ ޓެސްޓުތައްކޮށް، ތަހްލީލުކޮށް، ބަލަންޖެހޭ ބެލުންތައް ބަލައި، ފޮޓޯނަގައި، ވީޑިއޯކުރުން ނުވަތަ ސާމްޕަލްނެގުމާއި ހޯދަންޖެހޭ ހޯދުންތައް ހޯދުމަކީ މި ގާނޫނުގެ ދަށުން ކެމިކަލް ވެޕަންސް ޔުނިޓުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ކޯޓަށް ގަބޫލުކުރެވުން.
(ނ) މި މާއްދާގެ ދަށުން ބަލައި ފާސްކުރުމުގެ އަމުރަކަށް އެދި ކޯޓަށް ހުށަހަޅާއިރު، އެ ތަނެއްގައި މި ގާނޫނާ ހިލާފަށް ކުރާ ކަމަށް ތުހުމަތުކުރެވޭ ކަންކަމާއި، ކޯޓު އަމުރަށް އެދޭ ސަބަބު ކެމިކަލް ވެޕަންސް ޔުނިޓުން ކޯޓަށް ހުށަހަޅަންވާނެއެވެ.
(ރ) މި މާއްދާގެ ދަށުން ދޫކުރާ ކޯޓު އަމުރެއްގައި، ވަކި ށަރުތުތަކަކާއެކު ނުވަތަ ށަރުތަކާ ނުލައި އެ ތަނަކަށް ވަދެ ބަލައި ފާސްކުރުމުގެ ހުއްދަ ދިނުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ. އަދި އެފަދަ އަމުރެއްގައި އެ އަމުރު ދެމިއޮންނާނެ މުއްދަތު ބަޔާންކުރަންވާނެއެވެ.
(ބ) މި ގާނޫނުގެ 24 ވަނަ މާއްދާގެ ދަށުން ބައިނަލްއަގްވާމީ އިންސްޕެކްޓަރުން ކުރިއަށްގެންދާ ބަލައި ފާސްކުރުމަކާ ގުޅިގެން ދިވެހިރާއްޖޭގެ ތަނެއް ބަލައި ފާސްކުރުމަށް ތަނަކަށް ވަނުމަށް، އެ ތަނެއްގެ ވެރިފަރާތުން ނުވަތަ އެ ތަން ހިންގާ ފަރާތުން ރުހުން ނުދީފިނަމަ، އެ ތަނަކަށް ވަންނަންވާނީ، ކޯޓު އަމުރެއްގެ ދަށުންނެވެ.އެ ހާލަތުގައި ކޯޓު އަމުރެއް ހޯދުމަށް އެދި ކޯޓަށް ހުށަހަޅާނީ ކެމިކަލް ވެޕަންސް ޔުނިޓުންނެވެ. އަދި އެފަދަ ހާލަތެއްގައިވެސް، މި މާއްދާގެ (ށ)، (ނ) އަދި (ރ) ގައި ބަޔާންކުރާ ކަންކަން ފުރިހަމަކުރަންޖެހޭނެއެވެ.
22 ވަނަ މާއްދާ - ބަލައި ފާސްކުރުމަށް އެހީތެރިވުން
މި ގާނޫނުގެ ދަށުން ކުރިއަށްގެންދެވޭ ބަލައި ފާސްކުރުންތަކުގައި، އެ ތަނަކާ ހަވާލުވެހުރި އިސްފަރާތަކުން ނުވަތަ އެ ތަނެއްގެ މުވައްޒަފުން، ނުވަތަ އެ ތަނެއްގައި ހާޒިރުވެހުރި ކޮންމެ ފަރާތަކުންވެސް، މުއާހަދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިންސްޕެކްޓަރުން ކުރިއަށްގެންދާ ބަލައި ފާސްކުރުމުގެ މަސައްކަތަށް އެއްބާރުލުން ދޭންވާނެއެވެ.
23 ވަނަ މާއްދާ - ދިވެހިރާއްޖޭގެ އިންސްޕެކްޓަރުން ކަނޑައެޅުން
(ހ) މި ގާނޫނުގެ ދަށުން ހިންގާ ބަލައި ފާސްކުރުމުގައި ހަރަކާތްތެރިވާނީ، އެކަމަށްޓަކައި މިނިސްޓަރު ކަނޑައަޅާ އިންސްޕެކްޓަރުންނެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރު ކަނޑައަޅާ ކޮންމެ އިންސްޕެކްޓަރަކަށް، އޭނާއަކީ މިނިސްޓަރު އައްޔަންކޮށްފައިވާ ފަރާތެއްކަން އަންގައިދޭ ލިޔުމެއް ދޫކޮށްފައި އޮންނަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ލިޔުން، އިންސްޕެކްޓަރުންގެ މަސައްކަތުގެ ވަގުތުތަކުގައި އެ މަސައްކަތެއް ކުރާ ތަނުގެ ވެރިޔަކަށް ނުވަތަ އެ ތަނަކާ އެވަގުތު ހަވާލުވެހުރި އެންމެ އިސްވެރިޔަކަށް ދައްކަންވާނެއެވެ. އަދި އެ ލިޔުން ނުދައްކާނަމަ، އެފަދަ އިންސްޕެކްޓަރެއް، ބަލައި ފާސްކުރުން ކުރިއަށްގެންދިއުމަށް އެފަދަ ތަނަކަށް ނުވެއްދުމުގެ ބާރު ތަނުގެ ވެރިޔާއަށް ނުވަތަ އެ ތަނަކާ އެވަގުތަކު ހަވާލުވެ ހުރި އެންމެ އިސްފަރާތަކަށް ލިބިގެންވެއެވެ.
24 ވަނަ މާއްދާ - ބަލައި ފާސްކުރާ ބައިނަލްއަގްވާމީ އިންސްޕެކްޓަރުން
މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން،މި ގާނޫނުގެ ޖަދުވަލުތަކުގައި ބަޔާންކޮށްފައިވާ ކެމިކަލްތައް ނުވަތަ ކެމިކަލް ހަތިޔާރު ގެންގުޅޭ ނުވަތަ އުފައްދާ ނުވަތަ ރައްކާކުރާ ތަންތަން އެ ތަންތަނުގެ ވެރިފަރާތުގެ ހުއްދައާއެކު ބައިނަލްއަގްވާމީ އިންސްޕެކްޓަރު ންނަށް ބަލައި ފާސްކުރެވިދާނެއެވެ.
25 ވަނަ މާއްދާ - ބައިނަލްއަގްވާމީ އިންސްޕެކްޓަރުންނަށް ލިބިގެންވާ އިމްތިޔާޒު
ދިވެހިރާއްޖޭގައި ބަލައި ފާސްކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާ ބައިނަލްއަގްވާމީ އިންސްޕެކްޓަރުންނަށާއި އެފަދަ އިންސްޕެކްށަން ޓީމުތަކުގައި ހިމެނޭ އޮބްޒާރވަރުންނަށް، އެފަރާތްތަކުން ދިވެހިރާއްޖޭގައި ހިންގާ ބަލައި ފާސްކުރުމެއްގެ ތެރޭގައި ނުވަތަ އެފަދަ ބަލައި ފާސްކުރުމެއް ހިންގުމަށްޓަކައި ބައިނަލްއަގްވާމީ އިންސްޕެކްށަން ޓީމަކުން ކުރާ ދަތުރެއްގެ ޓްރާންސިޓްގައި ދިވެހިރާއްޖޭގައިވާ ހާލަތުގައި، ވިއެނާ ކޮންވެންށަން އޮން ޑިޕްލޮމެޓިކް ރިލޭށަންސްގެ ދަށުން ލިބިދީފައިވާ އަންނަނިވި އިމްތިޔާޒުތައް އަންނަނިވި ގޮތުގެމަތިން ލިބިގެންވެއެވެ.
(ހ) ބައިނަލްއަގްވާމީ އިންސްޕެކްށަން ޓީމުގެ މެންބަރުންގެ ނަފްސުގެ ރައްކާތެރިކަން އެ މީހުންނަށް ފުރިހަމައަށް ލިބިގެންވެއެވެ. އެއްވެސް ބާވަތެއްގެ ހައްޔަރުކުރުމާއި ބަންދުކުރުމަކަށް އެ މީހުން ހުށަހެޅިގެން ނުވާނެއެވެ. އެ މީހުންނާ އެކަށީގެންވާ އިހްތިރާމާއެކު މުއާމަލާތްކޮށް، އެ މީހުންގެ ނަފްސާއި، މިނިވަންކަމާއި އަބުރަށް އެއްވެސް ބާވަތެއްގެ ހަމަލާއެއް އަޔަނުދިނުމަށް އެކަށީގެންވާ ފިޔަވަޅުތައް ދިވެހިރާއްޖެއިން އަޅަންވާނެއެވެ.
(ށ) ވިއެނާ ކޮންވެންށަން އޮން ޑިޕްލޮމެޓިކް ރިލޭށަންސް 1961 ގެ ދަށުން ޑިޕްލޮމެޓިކް އޭޖެންޓުން ދިރިއުޅޭ އަދި މަސައްކަތްކުރާ ތަންތަނަށް ލިބިދޭ އެންމެހައި އިމްތިޔާޒުތައް ބައިނަލްއަގްވާމީ އިންސްޕެކްށަން ޓީމުގެ މެންބަރުން ދިރިއުޅޭ އަދި މަސައްކަތްކުރާ ތަންތަނަށް ލިބިގެންވެއެވެ.
(ނ) ބައިނަލްއަގްވާމީ އިންސްޕެކްށަން ޓީމުގެ މެންބަރުންގެ މައްޗަށް ދިވެހިރާއްޖޭގެ ޖިނާއީ އިހްތިސާސްއެއް ނުހިނގާނެއެވެ. އެގޮތުން، އެ މީހުންނާ ދެކޮޅަށް ޖިނާއީ ތަހްގީގެއް ހިންގައި ދައުވާ އުފުލުމާއި، ހެކިބަސްދިނުމަށް ލާޒިމުކުރުންފަދަ އެންމެހައި ކަމަކުން އިމްތިޔާޒު ލިބިގެންވެއެވެ. އަދި، އަންނަނިވި ހާލަތްތަކުގައި ފިޔަވައި އެހެން ހާލަތްތަކުގައި އެ މީހުންގެ މައްޗަށް ދިވެހިރާއްޖޭގައި މަދަނީ ނުވަތަ އިދާރީ ދައުވާއެއްވެސް އުފުލި ގެން ނުވާނެއެވެ.
- އިންސްޕެކްށަންގެ ބޭނުމަށް އިންސްޕެކްޓަރުންނާއި އޮބްޒާރވަރުން އެ ފަރާތެއްގެ ގައުމުގެ ނަމުގައި ގެންގުޅޭ ނުއުފުލޭ މުދަލާ ގުޅޭގޮތުން ފިޔަވައި، ދިވެހިރާއްޖޭގައި ހުރި ނުއުފުލޭ މުދަލެއްގެ މިލްކުވެރިކަމާ ގުޅޭ ދައުވާއެއް؛
- އިންސްޕެކްޓަރުންނާއި އޮބްޒާރވަރުން ނިސްބަތްވާ ގައުމުގެ ފަރާތުން ނޫން ގޮތަކަށް އަމިއްލަ ހައިސިއްޔަތުން އެގްޒެކިއުޓަރ، އެޑްމިނިސްޓްރޭޓަރ ނުވަތަ ވާރިސެއްގެ ގޮތުގައި އެ އިންސްޕެކްޓަރު ނުވަތަ އޮބްޒާރވަރު ހަރަކާތްތެރިވާ ތަރިކައިގެ ދައުވާއެއް؛
- ރަސްމީ މަސައްކަތުގެ ބޭރުން އިންސްޕެކްޓަރުންނާއި އޮބްޒާރވަރުން ދިވެހިރާއްޖޭގައި ކުރާ ފަންނީ ނުވަތަ ވިޔަފާރީގެ މުއާމަލާތަކާ ގުޅިގެން ކުރާ ދައުވާއެއް.
(ރ) ވިއެނާ ކޮންވެންށަން އޮން ޑިޕްލޮމެޓިކް ރިލޭށަންސް 1961 ގެ ދަށުން ޑިޕްލޮމެޓިކް އޭޖެންޓުން ބޭނުންކުރާ ލިޔެކިޔުމާއި މުއާސަލާތީ މުއާމަލާތްތަކާއި ރެކޯޑުތަކަށް ލިބިދޭ އެންމެހައި އިމްތިޔާޒުތައް ބައިނަލްއަގްވާމީ އިންސްޕެކްށަން ޓީމުގެ މެންބަރުން ބޭނުންކުރާ ލިޔެކިޔުމާއި މުއާސަލާތީ މުއާމަލާތްތަކާއި ރެކޯޑުތަކަށް ލިބިގެންވެއެވެ. އެގޮތުން، އޯގަނައިޒޭށަންގެ ޓެކްނިކަލް ސެކްރެޓޭރިއެޓްއާއެކު އިންސްޕެކްށަން ޓީމުން ކުރާ މުއާމަލާތްތަކުގައި ސިއްރުކުރެވިފައިވާ ކޯޑުތައް ބޭނުންކުރުމުގެ ހައްގު އެ ފަރާތްތަކަށް ލިބިގެންވެއެވެ.
(ބ) އަންނަނިވި ބާވަތްތަކުގެ ޓެކްސްތައް ފިޔަވައި އެހެން އެއްވެސް ބާވަތެއްގެ ޓެކްސްއެއް ނުވަތަ ފީއެއް ބައިނަލްއަގްވާމީ އިންސްޕެކްށަން ޓީމުގެ މެންބަރުންގެ އަތުން ނަގައިގެންނުވާނެއެވެ.
- މުދަލާއި ހިދުމަތުގެ އަގުގެ ތެރޭގައި އާންމު ގޮތެއްގައި ހިމެނޭ ނުސީދާ ޓެކްސްގެ ބާވަތްތައް؛
- އިންސްޕެކްށަންގެ ބޭނުމަށް އިންސްޕެކްޓަރުންނާއި އޮބްޒާރވަރުން އެ ފަރާތެއްގެ ގައުމުގެ ނަމުގައި ގެންގުޅޭ ނުއުފުލޭ މުދަލާ ގުޅޭގޮތުން ފިޔަވައި، ދިވެހިރާއްޖޭގައި ހުރި ނުއުފުލޭ މުދަލަކާ ގުޅިގެން ދައްކަންޖެހޭ ފައިސާއެއް ނުވަތަ ޓެކްސްއެއް؛
- ވިއެނާ ކޮންވެންށަން އޮން ޑިޕްލޮމެޓިކް ރިލޭށަންސްގެ އާޓިކަލް 39 ގެ 4 ވަނަ ޕެރެގްރާފްއާ އެއްގޮތްވާ ގޮތުގެމަތިން، ބިމުން، ނުވަތަ ވާރުތަ މުދަލުން އަދި ތަރިކައިން ނަގާ ޓެކްސް؛
- އިންސްޕެކްޓަރުންނާއި އޮބްޒާރވަރުންނަށް ދިވެހިރާއްޖެއިން ލިބޭ އަމިއްލަ އާމްދަނީއާ ގުޅިގެން ދައްކަންޖެހޭ ފައިސާ ނުވަތަ ޓެކްސް؛
- އިންސްޕެކްޓަރުންނާއި އޮބްޒާރވަރުން ހޯދާފައިވާ ވަކި ހިދުމަތްތަކަށް އަރާފައިވާ ފައިސާއާއި، ދިވެހިރާއްޖޭގައި ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގައި ކުރާ އިންވެސްޓްމަންޓްތަކަށް ދައްކަންޖެހޭ ކެޕިޓަލް ޓެކްސް.
26 ވަނަ މާއްދާ - ބައިނަލްއަގްވާމީ އިންސްޕެކްޓަރުން ވިޔަފާރިކުރުން
ބަލައި ފާސްކުރުމުގައި ހަރަކާތްތެރިވާ ބައިނަލްއަގްވާމީ ޓީމެއްގެ މެންބަރުންނާއި އޮބްޒާރވަރުން އަމިއްލަ މަންފާއަށްޓަކައި ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ދިވެހިރާއްޖޭގައި ކުރުމަކީ މަނާކަމެކެވެ.
27 ވަނަ މާއްދާ - އިންސްޕެކްށަންގައި ބޭނުންކުރާ އާލާތްތަކާއި އިންސްޕެކްޓަރުންގެ އަމިއްލަ ތަކެތިން ޑިއުޓީ ނުނެގުން
(ހ) ބަލައި ފާސްކުރުމުގައި ހަރަކާތްތެރިވާ ބައިނަލްއަގްވާމީ އިންސްޕެކްޓަރުން ކުރިއަށްގެންދާ އިންސްޕެކްށަންގައި ބޭނުންކުރާ އާލާތްތަކާއި ސާމްޕަލްތަ ކަށް ފުރިހަމަ ރައްކާތެރިކަން ލިބިގެންވެއެވެ. އަދި އެފަދަ އެއްވެސް އެއްޗެއް އިމްޕޯޓް ޑިއުޓީ ނެގުމުންއިސްތިސްނާވެގެންވެއެވެ.
(ށ) ބައިނަލްއަގްވާމީ އިންސްޕެކްޓަރުންގެ އަމިއްލަ ބޭނުމަށް ބޭނުންކުރާ ދިވެހިރާއްޖޭގެ ކަމާބެހޭ ގާނޫނުތަކުގެ ދަށުން ދިވެހިރާއްޖެއަށްއެތެރެކުރުން ހުއްދަ ކޮންމެ އެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ އެ ފަރާތްތަކަށް ލިބިގެންވެއެވެ. އަދި އެފަދަ އެއްވެސް އެއްޗެއް އިމްޕޯޓް ޑިއުޓީ ނެގުމުން އިސްތިސްނާވެގެންވެއެވެ.
28 ވަނަ މާއްދާ - އިމްތިޔާޒުތައް އުވާލުން
ބަލައި ފާސްކުރުމުގައި ހަރަކާތްތެރިވާ ބައިނަލްއަގްވާމީ ޓީމެއްގެ މެންބަރުންނަށް މި ގާނޫނުގެ ދަށުން ލިބިދީފައިވާ އިމްތިޔާޒެއްގެ ސަބަބުން އަދުލު އިންސާފަށް ހުރަސްއެޅިދާނެކަމަށް ގަބޫލުކުރެވޭނަމަ، އަދި އެފަދަ އިމްތިޔާޒެއް އުވާލުމަކީ މުއާހަދާ ތަންފީޒުކުރުމަށް ހުރަ ހެއް މެދުވެރިވެދާނެ ކަމެއްކަމަށް ނުވާނަމަ، އެ އިމްތިޔާޒެއް އުވާ ލުމުގެ ބާރު ޑިރެކްޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.
29 ވަނަ މާއްދާ - ގާނޫނާ ހިލާފަށް އެތެރެކުރާ ކެމިކަލް ހިފެހެއްޓުން
މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދަކާ ހިލާފަށް ދިވެހިރާއްޖެއަށް އެތެރެކޮށްފައިވާ އެއްވެސް ކެމިކަލެއް ފެނިއްޖެނަމަ، އެފަދަ ކެމިކަލެއް އެއީ ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ އެއްޗެއްގެ ގޮތުގައި ބަލައި، ކަމާބެހޭ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެ ކެމިކަލެއް ހިފެހެއްޓުމުގެ ބާރު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ލިބިގެންވެއެވެ.
ހަވަނަ ބާބު
ކުށާއި އަދަބު
30 ވަނަ މާއްދާ - ޖަދުވަލު 1 ގައި ހިމެނޭ ކެމިކަލްއާ ގުޅޭ ކުށް
(ހ) އަންނަނިވި ކަންކަން ކުރާ މީހާ އެ ކުރަނީ ކުށެކެވެ.
- މުއާހަދާ ތަސްދީގުކޮށްފައިވާ ގައުމުތަކުގެ އިހްތިސާސް ހިނގާ ސަރަހައްދުތަކުން ބޭރުގައި، ޖަދުވަލު 1 ގައި ހިމެނޭ ކެމިކަލެއް އުފެއްދުން ނުވަތަ ލިބިގަތުން ނުވަތަ އަތުގައި ބެހެއްޓުން ނުވަތަ ބޭނުންކުރުން؛
- މި ގާނޫނުގެ ދަށުން ހޯދަންޖެހޭ ލައިސަންސް ހޯދުމަކާ ނުލައި ޖަދުވަލު 1 ގައި ހިމެނޭ ކެމިކަލެއް އުފެއްދުން ނުވަތަ ލިބިގަތުން ނުވަތަ އަތުގައި ބެހެއްޓުން ނުވަތަ ބޭނުންކުރުން؛
- ޖަދުވަލު 1 ގައި ހިމެނޭ ކެމިކަލެއް މުއާހަދާ ތަސްދީގުކޮށްފައިވާ ގައުމެއްގެ އިހްތިސާސް ހިނގާ ސަރަހައްދުން ބޭރު ކޮށް މުއާހަދާ ތަސްދީގުކޮށްފައިނުވާ ގައުމެއްގެ ސަރަހައްދަކަށް ގެންދިއުން؛
- މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، ކެމިކަލް ވެޕަންސް ޔުނިޓަށް 60 (ފަސްދޮޅަސް) ދުވަހުގެ ނޯޓިހެއް ދިނުމަކާ ނުލައި، ޖަދުވަލު 1 ގައި ހިމެނޭ ކެމިކަލެއް، މުއާހަދާ ތަސްދީގުކޮށްފައިވާ ގައުމަކަށް ގެންދިއުން؛
- މުއާހަދާ ތަސްދީގުކޮށްފައިވާ ގައުމަކަށް ގެނެސްފައިވާ ޖަދުވަލު 1 ގައި ހިމެނޭ ކެމިކަލެއް، ތިންވަނަ ގައުމަކަށް ގެންދިއުން.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ބަޔާންކޮށްފައިވާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، އެ ކުރި ކުށެއްގެ ކުޑަބޮޑުމިނަށް ބަލައި 500000 (ފަސްލައްކަ) ރުފިޔާއިން ފެށިގެން 1000000 (އެއްމިލިޔަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ނުވަތަ 5( ފަހެއް( އަހަރު ދުވަހާއި، 20 (ވިހި) އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
31 ވަނަ މާއްދާ - ޖަދުވަލު 2 ގައި ހިމެނޭ ކެމިކަލްއާ ގުޅޭ ކުށް
(ހ) ޖަދުވަލު 2 ގައި ހިމެނޭ ކެމިކަލެއް ނުވަތަ އެފަދަ ކެމިކަލް ހިމެނޭ އުފެއްދުމެއް މުއާހަދާ ތަސްދީގުކޮށްފައިނުވާ ގައުމަކަށް ގެންދިއުމާއި އެފަދަ ގައުމަކުން ގެނައުމަކީ ކުށެކެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، އަންނަނިވި އުފެއްދުންތަކަކީ މި މާއްދާގެ (ހ) ގެ ބޭނުމަށް ޖަދުވަލު 2 ގައި ހިމެނޭ ކެމިކަލް ހިމެނޭ އުފެއްދުމެއްގެ ގޮތުގަ އެއް ނުބެލެވޭނެއެވެ.
- އެ އުފެއްދުމެއްގައި %1 (އެކެއް އިންސައްތަ) ނުވަތަ އެއަށްވުރެ މަދު މިންވަރަކަށް މި ގާނޫނުގެ ޖަދުވަލު 2Aނުވަތަ *2A ގައި ހިމެނޭ ކެމިކަލް ހިމެނޭ އުފެއްދުންތައް؛
- އެ އުފެއްދުމެއްގައި %10 (ދިހައެއް އިންސައްތަ) ނުވަތަ އެއަށްވުރެ މަދުން މި ގާނޫނުގެ ޖަދުވަލު 2 ގެ 2B ގައި ހިމެނޭ ކެމިކަލެއް ހިމެނޭ އުފެއްދުންތައް؛
- އެ އުފެއްދުމަކީ ރީޓެއިލް ވިޔަފާރިއަށް ބޭނުންކުރާ ކޮންސިއުމަރ މުދަލެއްގެ ގޮތުގައި އަމިއްލަ ބޭނުމަށް ބޭނުންކުރެވޭނެ ގޮތަށް ބަންދުކުރެވިފައިވާ މުދަލަކަށްވުން.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށް ކޮށްފި މީހެއްގެ އަދަބަކީ، 100000 (އެއްލައްކަ) ރުފިޔާއިން ފެށިގެން 500000 (ފަސްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ނުވަތަ 2 (ދޭއް) އަހަރު ދުވަހާއި، 10 (ދިހައެއް) އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
32 ވަނަ މާއްދާ - ޖަދުވަލު 3 ގައި ހިމެނޭ ކެމިކަލްއާ ގުޅޭ ކުށް
(ހ) އެންޑް-ޔޫސަރ ސެޓްފިކެޓް ހޯދުމަކާ ނުލައި މި ގާނޫނުގެ ޖަދުވަލު 3 ގައި ހިމެނޭ ކެމިކަލެއް މުއާހަދާ ތަސްދީގުކޮށްފައިނުވާ ގައުމަކަށް ގެންދިއުމަކީ ކުށެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށް ކޮށްފި މީހެއްގެ އަދަބަކީ، އެ ކުރި އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި 100000 (އެއް ލައްކަ) ރުފިޔާއިން ފެށިގެން 250000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ނުވަތަ 2 (ދޭއް) އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުމެވެ.
33 ވަނަ މާއްދާ - އާންމު ކުށްތައް
(ހ) އަންނަނިވި ކަންކަން ކުރާ މީހާ އެ ކުރަނީ ކުށެކެވެ.
- ކެމިކަލް ހަތިޔާރު ތަރައްގީކުރުން ނުވަތަ އުފެއްދުން ނުވަތަ ލިބިގަތުން ނުވަތަ ރައްކާކުރުން ނުވަތަ ބެހެއްޓުން؛
- ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުންވިޔަސް ކެމިކަލް ހަތިޔާރު އެހެން މީހަކަށް ދިނުން ނުވަތަ ފޮނުވުން؛
- ކެމިކަލް ހަތިޔާރު ބޭނުންކުރުން؛
- ކެމިކަލް ހަތިޔާރު ބޭނުންކުރުމަށްޓަކައި އަސްކަރީ ތައްޔާރީތައްވުން؛
- މުއާހަދާ ތަސްދީގުކޮށްފައިވާ ގައުމުތަކަށް މަނާކުރެވިފައިވާ އެއްވެސް ހަރަކާތެއްގައި މީހަކު ބައިވެރިވުމަށް އެހީތެރިވުން، ނުވަތަ އެފަދަ ކަމަކަށް ހިތްވަރުދިނުން ނުވަތަ ބާރުއެޅުން؛
- ކެމިކަލް ހަތިޔާރު ބޭނުންކުރުމަށް ވެވޭ އަސްކަރީ ތައްޔާރުވުމެއްގައި ހަނގުރާމަވެރި ހަތިޔާރެއްގެ ގޮތުގައި ރަޔަޓް ކޮންޓްރޯލް އެޖެންޓެއް ބޭނުންކުރުން؛
- މުއާހަދާ ތަސްދީގުކޮށްފައިވާ ގައުމުތަކަށް މުއާހަދާގެ ދަށުން މަނާކުރެވިފައިވާ އެނޫންވެސް ހަރަކާތެއްގައި ބައިވެރިވުން.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ބަޔާންކޮށްފައިވާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، އެ ކުރި ކުށެއްގެ ކުޑަބޮޑުމިނަށް ބަލައި 500000 (ފަސްލައްކަ) ރުފިޔާއިން ފެށިގެން 1000000 (އެއްމިލިޔަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ނުވަތަ 10 (ދިހައެއް) އަހަރު ދު ވަހާއި، 20 (ވިހި) އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
(ނ) މި މާއްދާއާ ހިލާފަށް އެއްވެސް ފަރާތަކުން އަމަލުކޮށްފައިވާނަމަ، ކުރިން އެންގުމަކާ ނުލައި ކެމިކަލް ވެޕަންސް ޔުނިޓުން އެ ހަތިޔާރެއް ދައުލަތަށް ނަގައި އެ ނައްތާލެވެންދެން ރައްކާކޮށްފައި ބެހެއްޓުމުގެ ބާރު އެ ޔުނިޓަށް ލިބިގެންވެއެވެ.
34 ވަނަ މާއްދާ - ބަލައި ފާސްކުރުމާގުޅޭ ކުށްތައް
(ހ) މި ގާނޫނުގެ ދަށުން ކުރި އަށްގެންދާ ބަލައި ފާސްކުރުމެއްގައި އަންނަނިވި ކަންކަމުންކުރެ ކަމެއް ކުރުމަކީ ކުށެކެވެ.
- ބަލައި ފާސްކުރުމެއްގައި ހަރަކާތްތެރިވާ އިންސްޕެކްޓަރުންނާއި އެ މީހުންގެ އެހީތެރިންނަށް، މަގްބޫލު އުޒުރެއްނެތި އެހީތެރިކަމާއި އެއްބާރުލުން ނުދިނުން؛
- އިންސްޕެކްށަން ޓީމުގެ އެއްވެސް މެންބަރަކަށް ނުވަތަ އޮބްޒާރވަރަކަށް ހުރަސްއަޅައި މަސްއޫލިއްޔަތު އަދާކުރުމަށް ދަތިކުރުން؛
- އިންސްޕެކްޓަރުން ހަރުކުރާ އެއްވެސް ސާމާނެއް ނުވަތަ އާލާތެއް، އެ މަސައްކަތަށް ނޭދެވޭ އަސަރުފޯރުވުމުގެ ނިޔަތުގައި، އެފަދަ ސާމާނު ނުވަތަ އާލާތެއް ނައްތާލުން ނުވަތަ އެފަދަ އެއްޗަކަށް ގެއްލުމެއް ދިނުން.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށް ކޮށްފި މީހެއްގެ އަދަބަކީ، 200000 (ދެލައްކަ) ރުފިޔާ އަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން ނުވަތަ 2 (ދޭއް) އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށް ލުމެވެ.
(ނ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި (3 ވަނަ ނަންބަ ރުގައި ބަޔާންކޮށްފައިވާ ކުށް ކޮށްފި މީހެއްގެ އަދަބަކީ، 200000 (ދެލައްކަ) ރުފިޔާއިން ފެށިގެން 400000 (ހަތަރުލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ނުވަތަ 3 (ތިނެއް) އަހަރު ދުވަހާއި 10 (ދިހައެއް) އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
35 ވަނަ މާއްދާ - ކުށް ކުރުމަށް އެހީތެރިވުމާއި ހިތްވަރު ދިނުން
މުއާހަދާގައި މަނާކޮށްފައިވާ ކަމެއް ކުރުމަށް އެއްވެސްގޮތަކުން، އެހީތެރިވުމަކީ، ނުވަތަ ހިތްވަރުދިނުމަކީ، ނުވަތަ ބާރު އެޅުމަކީ ކުށެކެވެ. އަދި އެފަދަ ކުށެއް ކޮށްފި ފަރާތެއްގެ އަދަބަކީ، މި ގާނޫނުގައި އެ ކުށެއް ކުރި މީހަކަށް ކަނޑައެޅިފައިވާ އަދަބެވެ.
ހަތްވަނަ ބާބު
އެހެނިހެން
36 ވަނަ މާއްދާ - ޖަދުވަލު
މި ގާނޫނުގައި ހިމެނޭ 3 ޖަދުވަލަކީ މި ގާނޫނުގެ ބައެކެވެ. އެ ތިން ޖަދުވަލާއި މި ގާނޫނުގެ 4 ވަނަ މާއްދާގެ (ށ) ގެ ދަށުން އެ ޖަދުވަލުތަކަށް ގެނެވޭ ބަދަލުތައްވެސް ކިޔަންވާނީ، މި ގާނޫނާ އެކުގައެވެ.
37 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން
(ހ) މި ގާނޫނުގެ ދަށުން އަންނަނިވި ކަންކަމާ ގުޅޭ ގަވާއިދު ހަދަންވާނެއެވެ.
- މި ގާނޫނުގެ ދަށުން ކެމިކަލް ދިވެހިރާއްޖެއަށް އިމްޕޯޓްކުރުމާއި އެކްސްޕޯޓްކުރުމުގެ ލައިސަންސްދޫކުރުން؛
- މި ގާނޫނުގައި ބަޔާންކޮށްފައިވާ ފެސިލިޓީތަކަށް ލައިސަންސްދޫކުރުން؛
- ފެސިލިޓީތަކުގެ މިންގަނޑުތައް ؛
- ކެމިކަލް ރައްކާކުރުމާއި، ގުދަންކުރުމާއި، ތަންތަނަށް އުފުލުމާއި، ބަންދުކުރުމާއި، ލޭބަލްޖެހުމާއި، އަދި އިށްތިހާރުކުރުމުގައި ފުރިހަމަވާންޖެހޭ ށަރުތުތައް؛
- ރެކޯޑު ބަލަހައްޓައި ރިޕޯޓުކުރުމުގެ ށަރުތުތަކާއި އުސޫލުތައް؛
- ކެމިކަލް ހަތިޔާރު ނައްތާލުމުގައި އަމަލުކުރާނެ އުސޫލުތައް.
(ށ) މި ގާނޫނު ހިންގުމަށްޓަކައި ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި ހިންގާނީ މިނިސްޓަރުގެ ލަފާގެ މަތިން ކެމިކަލް ވެޕަންސް ޔުނިޓުންނެވެ. އަދި މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި އެ ގަވާއިދުތައް ހަދައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ހަދާފައިވާ ގަވާއިދުގެ އިތުރުން އެހެން ގަވާއިދުތައް ކެމިކަލް ވެޕަންސް ޔުނިޓުން ހެދުމަކަށް މި މާއްދާގެ (ހ) ހުރަހެއް ނާޅައެވެ.
38 ވަނަ މާއްދާ - ގާނޫނަށް އިސްކަންދިނުން
އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، ކެމިކަލް ހަތިޔާރު އުފެއްދުމާއި، ނުވަތަ ގުދަންކުރުމާއި ނުވަތަ ބޭނުންކުރުމާއި ނުވަތަ އެއްތަނުން އަނެއްތަނަށް ގެންދިއުމާ ގުޅޭގޮތުން އަމަލުކުރަންވީ އުސޫލުތަކުގައި، ނުވަތަ ކެމިކަލް ހަތިޔާރާއި، ރަޔަޓް ކޮންޓްރޯލް އެޖެންޓާއި، ވިހަ ކެމިކަލް ބޭނުންކޮށްގެން މުއާހަދާގެ ދަށުން މަނާކުރެވިފައިވާ ކަންކަން ކުރުމުގައި، ނުވަތަ މުއާހަދާގެ ދަށުން އެއްޗެހި އުފެއްދުމަށް ހުއްދަކުރެވޭ ކެމިކަލް ޕްރިކަރސަރތަކާއި ޑިސްކްރީޓް އޯރގަނިކް ކެމިކަލްއާ ބެހޭގޮތުން އިސްކަން ދޭންވާނީ މި ގާނޫނަށެވެ.
39 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން
މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެން 3 (ތިނެއް) މަސް ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.
40 ވަނަ މާއްދާ - މާނަކުރުން
މި ގާނޫނުގައި ލަފްޒެއް ނުވަތަ އިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން،
ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު، އަންނަނިވި ލަފްޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފްޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިއެ ވާ މާނަކުރުމެވެ.
(ހ) "ކެމިކަލް ވެޕަންސް ޔުނިޓް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން ގާއިމުކުރެވޭ ކެމިކަލް ހަތިޔާރާބެހޭ ކެމިކަލް ވެޕަންސް ޔުނިޓަށެވެ.
(ށ) "މުއާހަދާ" ކަމަށް ބުނެފައި އެވަނީ، "ދަ ކޮންވެންށަން އޮން ދަ ޕްރޮހިބިށަން އޮފް ދަ ޑިވެލޮޕްމަންޓް، ޕްރޮޑަކްށަން، ސްޓޮކްޕައިލިންގ އެންޑް ޔޫސް އޮފް ކެމިކަލް ވެޕަންސް އެންޑް އޮން ދެއަރ ޑިސްޓްރަކްށަން 1993 "އަށެވެ.
(ނ) "އޯގަނައިޒޭށަން ފޮރ ދަ ޕްރޮހިބިށަން އޮފް ކެމިކަލް ވެޕަންސް" ނުވަތަ "އޯގަނައިޒޭށަން" ކަމަށް ބުނެފައި އެވަނީ، ދަ ކޮންވެންށަން އޮން ދަ ޕްރޮހިބިށަން އޮފް ދަ ޑިވެލޮޕްމަންޓް، ޕްރޮޑަކްށަން، ސްޓޮކްޕައިލިންގ އެންޑް ޔޫސް އޮފް ކެމިކަލް ވެޕަންސް އެންޑް އޮން ދެއަރ ޑިސްޓްރަކްށަން 1993 ގެ އާޓިކަލް VIII ގެ ދަށުން އެ މުއާހަދާގެ މެންބަރު ގައުމުތަކުން މުއާހަދާ ތަންފީޒުކުރެވޭކަން ކަށަވަރުކުރުމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އުފައްދާފައިވާ އޯގަނައިޒޭށަނަށެވެ.
(ރ) "ކެމިކަލް ހަތިޔާރު" ކަމަށް ބުނެފައި އެވަނީ، ތިރީގައި ބަޔާންކޮށްފައިވާ އެއްޗެހި އެކުގައި ނުވަތަ ވަކިވަކިންނެވެ.
- މުއާހަދާގެ ދަށުން މަނާކުރެވިފައިނުވާ ބޭނުންތަކަށް، އެ ބޭނުންތަކާ އެކަށީގެންވާ މިންވަރަށް އެކަންކަމަށް ބޭނުންކުރާ އެކަށީގެންވާ ބާވަތްތައް ފިޔަވައި، އެހެނިހެން ވިހަ ކެމިކަލް އަދި އޭގެ ޕްރިކަރސަރތައް؛
- މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ވިހަ ކެމިކަލުން މީހަކު މަރާލެވޭފަދަ ގޮތަކަށް ނުވަތަ އެނޫންވެސް އަނިޔާއެއް ދެވޭގޮތަކަށް، އެ އެއްޗެއް ބޭނުންކުރުމުން ވިހަ ކެމިކަލް ބޭރުވެގެންދާފަދަ ގޮތަކަށް ފަރުމާކޮށްފައިވާ ހަތިޔާރާއި ވަޒަނާއި، އާލާތްތައް؛
- މި އަކުރުގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހަތިޔާރާއި ވަޒަނާއި، އާލާތްތަކާ ސީދާ އެކުގައި ބޭނުންކުރާގޮތަށް ފަރުމާކޮށްފައިވާ އެއްވެސް އެއްޗެއް.
(ބ) "ޕްރިކަރސަރ" ކަމަށް ބުނެފައި އެވަނީ، އެއްވެސް ވިހަ ކެމިކަލެއް އުފެއްދުމަށް އެއްވެސް މަރުހަލާއެއްގައި ބޭނުންކުރާ އެއްވެސް ކެމިކަލް ރިއެކްޓެންޓަކަށެވެ.
(ޅ) "ރަޔަޓް ކޮންޓްރޯލް އެޖެންޓް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ އެއްވެސް ޖަދުވަލެއްގައި ނުހިމެނޭ، އިންސާނުންގެ ހިއްސު ތަކަށް އިސާހިތަކު އަސަރުފޯރުވާ ނުވަތަ ޖިސްމާނީގޮތުން ނުކުޅެދުންތެރިކަމެއް ގެނުވާ، އެ އެއްޗެއް ބޭނުންކުރުން ހުއްޓާލުމުން ކުޑަ އިރުކޮޅެއްގެ ތެރޭގައި އާންމު ހާލަތަކަށް މީހާ އަންނަ ކެމިކަލަށެވެ.
(ކ) "ނުރައްކާތެރި ކެމިކަލް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ޖަދުވަލު 1 ،2 އަދި 3 ގައި ބަޔާންކޮށްފައިވާ، އޭގެ ކެމިކަލް އެކްށަންގެ ސަބަބުން ފުރާނައަށް ގެއްލުންލިބިދާނެ ނުވަތަ ވަގުތީ ނުކުޅެދުންތެރިކަމެއް ނުވަތަ ދާއިމީ ގެއްލުމެއް އިންސާނުންނަށް ނުވަތަ ޖަނަވާރުންނަށް ކުރިމަތިކުރުވާ ކޮންމެ ކެމިކަލަކަށެވެ. މި މާނައިގައި،އެފަދަ ކެމިކަލެއްގެ އަސްލު ނުވަތަ އުފައްދާ ގޮތް ނުވަތަ އުފައްދާ ފެސިލިޓީ ނުވަތަ އެނޫންވެސް އެ ކެމިކަލް އުފެދޭ ނުވަތަ އުފައްދާތަނަކަށް ނުވަތަ ގޮތަކަށް ރިއާޔަތްކޮށްގެން ނުވާނެއެވެ.
(އ) "ޖަދުވަލުގައި ބަޔާންކޮށްފައިނުވާ ޑިސްކްރީޓް އޯރގަނިކް ކެމިކަލް" ކަމަށް ބުނެފައި އެވަނީ، އޮކްސައިޑް، ސަލްފައިޑް އަދި މެޓަލް ކާރބަނޭޓްސް ފިޔަވައި ކާރބަންގެ ހުރިހާ ކޮމްޕައުންޑެއް ހިމެނޭ ކެމިކަލް ކޮމްޕައުންޑްތައް ނިސްބަތްވާ ކްލާހުގެ ހުރިހާ ކެމިކަލަކަށެވެ.
(ވ) "ވެރިފިކޭށަން އެނެކްސް" ކަމަށް ބުނެފައި އެވަނީ، މުއާހަދާއާ އެކުގައި ހިމަނާފައިވާ ''އެނެކްސް އޮން އިމްޕްލިކޭށަންސް އެންޑް ވެރިފިކޭށަން'' އަށެވެ.
(މ) "ކެމިކަލް އުފެއްދުން" ކަމަށް ބުނެފައި އެވަނީ، ކެމިކަލް ރިއެކްށަނަކުން ކެމިކަލް އުފެއްދުމަށެވެ.
(ފ) "ކެމިކަލް ތައްޔާރުކުރުން" ކަމަށް ބުނެފައި އެވަނީ، ކެމިކަލެއް އެހެން ކެމިކަލަކަށް ބަދަލު ނުވާގޮތަށް، ކުރިއަށްގެންދާ، ފޯރމިޔުލޭށަން، އެކްސްޓްރެކްށަން އަދި ޕިޔުރިފިކޭށަންގެ އަމަލީ މަރުހަލާއަށެވެ.
(ދ) "ކެމިކަލް ބަދަލުކުރުން" ކަމަށް ބުނެފައި އެވަނީ، ކެމިކަލް ރިއެކްށަނަކުން އެ ކެމިކަލް އެހެން ކެމިކަލަކަށް ބަދަލުކުރުމަށެވެ.
(ތ) "އެއްތަނުން އަނެއްތަނަށް ގެންދި އުން" ނުވަތަ "ގެންދިއުން" ނުވަތަ "ގެނައުން" ނުވަތަ "ދިނުން" ނުވަތަ "ފޮނުވުން" ކަމަށް ބުނެފައި އެވަނީ، ކެމިކަލެއް އެއްތަނުން އަނެއްތަނަށް ނުވަތަ އެކެއްގެ އަތުން އަނެކެއްގެ އަތަށް އުފުލުން ނުވަތަ ޓްރާންސްޕޯޓްކުރުން ނުވަތަ ޓްރާންސްށިޕްކުރުން ނުވަތަ ޓްރާންސިޓްކުރުން ނުވަތަ ކެމިކަލެއް އިމްޕޯޓްކުރުން ނުވަތަ އެކްސްޕޯޓްކުރުމަށެވެ.
(ލ) "ބައިނަލްއަގްވާމީ އިންސްޕެކްޓަރުން" ކަމަށް ބުނެފައި އެވަނީ، ދަ ކޮންވެންށަން އޮން ދަ ޕްރޮހިބިށަން އޮފް ދަ ޑިވެލޮޕްމަންޓް، ޕްރޮޑަކްށަން، ސްޓޮކްޕައިލިންގ އެންޑް ޔޫސް އޮފް ކެމިކަލް ވެޕަންސްއެންޑް އޮން ދެއަރ ޑިސްޓްރަކްށަންގެ ''ވެރިފިކޭށަން އެނެކްސްގެ ޕާޓް II ،ސެކްށަން A ''ގެ ދަށުން، މުއާހަދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބަލައި ފާސްކުރުމެއް ކުރިއަށްގެންދިއުމަށް ނުވަތަ ތަންތަނަށް ހާޒިރުވުމަށް އޯގަނައިޒޭށަނުން ކަނޑައަޅާ މީހުންނަށެވެ.
(ގ) "ކެމިކަލް ހަތިޔާރު އުފައްދާ ފެސިލިޓީ" ކަމަށް ބުނެފައި އެވަނީ، 1 ޖަނަވަރީ 1946 އިން ފެށިގެން، ކެމިކަލް އުފެއްދުމަށް، ރައްކާކުރުމަށް ހެދިފައިވާ ނުވަތަ އެފަދަ ބޭނުމަކަށްޓަކައި އިމާރާތްކުރެވިފައިވާ ތަންތަނަށެވެ.
(ޏ) "ފެސިލިޓީ" ކަމަށް ބުނެފައި އެވަނީ، ކެމިކަލް އުފައްދާ ކާރުހާނާތަކާއި، އެތަކެތި ގެންގުޅެ ބަލަހައްޓާ ލެބޯޓަރީތަކާއި ގުދަންކުރާ ތަންތަނާއި އަދި މިކަންކަމުގެ އިދާރީ ރެކޯޑު ބަލަހައްޓާ ތަންތަނަށެވެ.
(ސ) "އެންޑް ޔޫސަރ ސެޓްފިކެޓް" ކަމަށް ބުނެފައި އެވަނީ، އެއް ގައުމުން އަނެއް ގައުމަށް އެއްވެސް ބާވަތެއްގެ އެއްޗެއް ޓްރާންސްފަރ ކުރާއިރު، އެ އެއްޗެއް އެކްސްޕޯޓްކުރެވޭ ގައުމެއްގެ ކަމާބެހޭ ވުޒާރާއަކުން، އެ އެއްޗެއް ލިބިގަންނަ މީހާއަކީ އެ އެއްޗެއްގެ ބޭނުންކުރާނެ ހަމައެކަނި ފަރާތްކަމަށް ބަޔާންކޮށް ދޫކޮށްފައިވާ ސެޓްފިކެޓަށެވެ.
(ޑ) "ފެސިލިޓީ އެއްބަސްވުން" ކަމަށް ބުނެފައި އެވަނީ، ކެމިކަލް ހަތިޔާރާއި މި ހަތިޔާރުތައް އުފައްދާ ފެސިލިޓީތަކާއި އަދި މުއާހަދާގެ ދަށުން ހުއްދަކުރެވިފައިވާ ހަރަކާތްތަކާ ގުޅިގެން ވަކި ފެސިލިޓީއަކަށް ނިސްބަތްކޮށް އޮން ސައިޓް ވެރިފިކޭށަން ހެދުމަށް އޯގަނައިޒޭށަނާއި މުއާހަދާގައި ސޮއިކޮށްފައިވާ އެހެނިހެން ގައުމުތަކާއެކު ހެދިފައިވާ އެއްބަސްވުމަށެވެ.
(ޒ) "ޑިރެކްޓަރ ޖެނެރަލް" ކަމަށް ބުނެފައި އެވަނީ، އޯގަނައިޒޭށަން ފޮރ ދަ ޕްރޮހިބިށަން އޮފް ކެމިކަލް ވެޕަންސް ގެ ޓެކްނިކަލް ސެކްރެޓޭރިއެޓްގެ ޑިރެކްޓަރ ޖެނެރަލްއަށެވެ.
(ޓ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ކެމިކަލްއާއި ކެމިކަލް ހަތިޔާރާ ގުޅޭ ކަންކަން ތަންޒީމުކޮށް ހިންގުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
(ޔ) "މިނިސްޓަރ" ކަމަށް ބުނެފައި އެވަނީ، ކެމިކަލްއާއި ކެމިކަލް ހަތިޔާރާ ގުޅޭ ކަންކަން ތަންޒީމުކޮށް ހިންގުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.
ކިޔުންތެރިންގެ ހިޔާލު