-

ބަނދަރުކުލި ނެގުމާބެހޭ ގާނޫނު

(ގާނޫނު ނަންބަރު 66-1978)

 

1 ވަނަ މާއްދާ

ދިވެހިރާއްޖޭގެ ބަނދަރަކަށް ރާއްޖޭން ބޭރުން އަންނަ ކޮންމެ އުޅަނދަކުން ބަނދަރަށް ވަނުމުގެ ކުއްޔާއި ބަނދަރުގައި އޮތުމުގެ ކުލި ނެގޭނެއެވެ.

 

2 ވަނަ މާއްދާ

ބަނދަރަށް ވަނުމުގެ ކުލި ނެގޭނީ ތިރީގައި މިވާ ގޮތުގެ މަތިންނެވެ.

(ހ) 100 ނެޓް ރެޖިސްޓަރޑް ޓަން ހަމަނުވާ ކޮންމެ އުޅަނދަކުން 50 ރުފިޔާ.

(ށ) 100 ނެޓް ރެޖިސްޓަރޑް ޓަނުން ފެށިގެން 500 ނެޓް ރެޖިސްޓަރޑް ޓަން ހަމަނުވާ ކޮންމެ އުޅަދަކުން 200 ރުފިޔާ.

(ނ) 500 ނެޓް ރެޖިސްޓަރޑް ޓަނުން ފެށިގެން 1000 ނެޓް ނެޓް ރެޖިސްޓަރޑް ޓަން ހަމަނުވާ ކޮންމެ އުޅަނދަކުން 300 ރުފިޔާ.

(ރ) 1000 ނެޓް ރެޖިސްޓަރޑް ޓަން ހަމަވާކޮންމެ އުޅަނދަކުން 400 ރުފިޔާ. އަދި 1000 ނެޓް ރެޖިސްޓަރޑް ޓަނަށްވުރެ އިތުރުވާ ކޮންމެ 500 ނެޓް ރެޖިސްޓަރޑް ޓަނެއް ހަމަވަންދެން 200 ރުފިޔާ.

 

3 ވަނަ މާއްދާ

ބަނދަރުގައި އޮތުމުގެ ކުލި ނެގޭނީ ތިރީގައިމިވާ ގޮތުގެ މަތިންނެވެ. 

(ހ) ބަނދަރުގައި އޮންނަތާ 16 ވަނަ ދުވަހުން ފެށިގެން 45 ވަނަ ދުވަހުގެ ނިޔަލަށް ރެޔަކާއި ދުވާލަކަށް  50ރުފިޔާ.

(ށ) 46 ވަނަ ދުވަހުން ފެށިގެން 90 ވަނަ ދުވަހުގެ ނިޔަލަށް، ރެއަކާއި ދުވާލަކަށް 80 ރުފިޔާ.

(ނ) 91 ވަނަ ދުވަހުން ފެށިގެން އިތުރުވާ ކޮންމެ ރެއަކާއި ދުވާލަކަށް 150 ރުފިޔާ.

 

4 ވަނަ މާއްދާ

ރާއްޖޭގެ މީހުން ދުއްވާ، 500 ނެޓް ރެޖިސްޓަރޑް ޓަން ހަމަނުވާ ބޯޓްފަހަރުން ބަނދަރުގައި އޮތުމުގެ ކުއްޔެއް ނުނެގޭނެއެވެ.

 

5 ވަނަ މާއްދާ

ދިވެހިސަރުކާރުން ހާއްސަ އިމްތިޔާޒެއްދޭ ފަރާތްތައް މިގާނޫނުން އިސްތިސްނާ ވާނެއެވެ.

 

6 ވަނަ މާއްދާ

މިގާނޫނުގައި "ބަނދަރު" ގެ މާނަޔަކީ، ކަނޑުގައި ދަތުރުކުރާ އުޅަނދުތައް، ދިވެހިރާއްޖޭގެ ސިޔާސީ ސަރަހައްދުގެ ތެރޭގައި ނަގިލިލައިފި ނުވަތަ އެނޫންވެސް ގޮތަކުން އަޅައިފި ކޮންމެ ތަނެކެވެ.

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގާނޫނު

ބަނދަރުކުލި ނެގުމާބެހޭ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 1978-66)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު