-

ކޯޓުތަކުގެ ގާނޫނު (ގާނޫނު ނަންބަރު 2010-22) އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2022-09)

ގާނޫނު ނަންބަރު 2010-22 (ކޯޓުތަކުގެ ގާނޫނު) އަށް އަންނަނިވި އިސްލާހު ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 35 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ހައިކޯޓު ހިނގަމުންދާ ތަން 35.

(ހ) ހައިކޯޓު އަދި ހައިކޯޓުގެ އެންމެހައި ށަރީއަތްތަކުގެ އަޑުއެހުން އާންމު ގޮތެއްގައި ހިނގަމުންދާނީ، އަދި ހައިކޯޓަށް އައްޔަންކުރެވޭ އެންމެހައި ފަނޑިޔާރުން ގާއިމުވެ ތިބޭނީ، މާލޭގައެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ހައިކޯޓުގައި ހިނގަމުންދާ މައްސަލަތަކުގެ އަދަދަށް ބަލައި، ހައިކޯޓުގެ ގަވާއިދުގައި ކަނޑައަޅާ އުސޫ ލަކުން، މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށްރަށުގައި ހައިކޯޓުގެ ށަރީއަތުގެ އަޑުއެހުންތައް ބޭއްވުމުގެ އިހްތިޔާރު ހައިކޯޓަށް ލިބިގެންވެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 71 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

އަމިއްލަ އިސްނެގުމުގައި މައްސަލަ ނުހިންގުން 1-71.

(ހ) މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ގާނޫނުއަސާސީއާއި ކަމާބެހޭ ގާނޫނަކުން ކޯޓަކަށް ލިބިދީފައިވާ އިހްތިސާސްގެ ތެރެއިން އެ ކޯޓުން ބަލަމުންދާ މައްސަލައެއްގައި ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތުގެ ދަށުން އެ ކޯޓަކުން ކުރާ އަމުރެއް ނުވަތަ ނިންމާ ނިންމުމެއް ފިޔަވައި، ދިވެހިރާއްޖޭގެ އެއްވެސް ކޯޓަކުން، އެ ކޯޓުގެ އަމިއްލަ އިސްނެގުމުގައި މައްސަލަ ހިންގައި، ނިންމުމެއް ނިންމައިގެންނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، "ކޯޓުގެ އަމިއްލަ އިސްނެގުމުގައި މައްސަލަ ހިންގައި، ނިންމާ ނިންމުން" ކަމަށް ބުނެފައި އެވަނީ، ގާނޫނެއްގެ ދަށުން  ކަނޑައެޅިގެން ބާރު ލިބިދޭ ހާލަތެއް ނޫން ހާލަތެއްގައި، އެ ކޯޓެއްގެ އަމިއްލަ އިސްނެގުމުގައި މައްސަލަ ހިންގައި، ގޮތެއް ނިންމާ ނިންމުމަށާއި އެ ކޯޓެއްގެ ފަނޑިޔާރުންގެ އާންމު މަޖިލީހުން ނިންމާ ނިންމުންވެސް ހިމެނޭގޮތުންނެވެ.

(ނ) މި މާއްދާގެ (ހ) އެހެން އޮތުމަކުން، ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން އަދުލު އިންސާފު ގާއިމުކުރުމަށްޓަކައި ކޯޓުތަކުން ކުރާ އެންމެހައި ކަންތައްތައް ރައްކާތެރިކުރުމުގެ ގޮތުން، އެ ކޯޓަކާ ގުޅޭ ކަންކަމުގައި، އިދާރީ ހިންގުމާބެހޭ ގަވާއިދުތަކާއި އުސޫލުތައް ކަނޑައެޅުމަށް ކޯޓުތަކަށް ލިބިގެންވާ އިހްތިޔާރަށް، ނުވަތަ ކޯޓުގެ ހުރުމަތް ކެނޑުމުގެ މައްސަލަތައް ބަލައި ގޮތެއް ކަނޑައެޅުމަށް މި ގާނޫނުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން ކޯޓުތަކަށް ލިބިދޭ އިހްތިޔާރަށް އެއްވެސް 
ހަނިކަމެއް ނާންނާނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 76 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

76. (ށ) 3 (ތިނެއް) މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ ގޭގައި ބަންދުކުރުން.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 77 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ކޯޓުތަކުގެ ހުކުމަށް ތަބާވުން 77.

ކޯޓަކުން ނިންމާ ނިންމުމަކަށް އަމަލުކުރުން ފަސްކުރުމަށް އެ ކޯޓަކުން ނުވަތަ އެ މައްސަލައެއް އިސްތިއުނާފުކުރާ ކޯޓަކުން ނާންގާހާ ހިނދަކު، ކޮންމެ ކޯޓެއްގެ ނިންމުމަކީ، ވެރިކަން ހިންގާ ފަރާތުންނާއި، ރައްޔިތުންގެ މަޖިލީހުންނާއި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުންނާއި، މުސްތަގިއްލު މަގާމުތަކުގައި ތިބި މީހުންނާއި، ދައުލަތުގެ މަގާމުތަކާ ހަވާލުވެތިބި މީހުންނާއި، ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ހިދުމަތްތަކުންނާއި އެންމެހައި ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމު ނިންމުމެކެވެ.

 

5 ވަނަ މާއްދާ -

މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން، ބުނެވިދިޔަ ގާނޫނުގެ 35 ވަނަ މާއްދާގެ (ށ) ގެ ދަށުން ދިވެހިރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމުކޮށްފައިވާ ހައިކޯޓުގެ ދެ ގޮފި، މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު އުވުނީއެވެ.

 

6 ވަނަ މާއްދާ -

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ދިވެހިރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމުކޮށްފައިވާ ހައިކޯޓުގެ ދެ ގޮފީގެ މިލްކުވެރިކަމުގެ ދަށުގައި ނުވަތަ ބެލެހެއްޓުމުގެ ދަށުގައި ހުރި އެންމެހައި މުދަލާއި ފައިސާއާއި ވަސީލަތްތައް، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ބަދަލުވީއެވެ.

 

7 ވަނަ މާޢްދާ -

(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ދިވެހިރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމުކޮށްފައިވާ ހައިކޯޓުގެ ދެ ގޮފީގައި މަސައްކަތްކުރަމުންދިޔަ މުވައްޒަފުން މަސައްކަތްކުރާނެ އެހެން ތަނެއް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ކަނޑައަޅައި، އެ މުއްދަތުގެ ތެރޭގައި އެ މުވައްޒަފުން އަދާކުރަމުންދިޔަ ފެންވަރުގެ އެހެން ވަޒީފާއެއް، އެހެން ކޯޓަކުން ނުވަތަ ށަރުއީ ދާއިރާގެ އެހެން އިދާރާއަކުން ހަމަޖައްސައި، އެ މުވައްޒަފުންގެ ވަޒީފާ ބަދަލުކުރުމުގެ ކަންކަން ނިންމަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން ހައިކޯޓުގެ އުތުރާއި ދެކުނު ގޮފީގައި މަސައްކަތްކުރަމުންދިޔަ މުވައްޒަފުންގެ ވަޒީފާ ބަދަލުކުރުމުގެ ކަންކަން ހަމަޖައްސައި ނިމެންދެން އެ މުވައްޒަފުން ތިބޭނީ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުގެ މުވައްޒަފުންގެ ގޮތުގައެވެ.

 

8 ވަނަ މާއްދާ -

މި ގާނޫނަށް އަމަލުކުރަން ފަށާއިރު، ދިވެހިރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމުކޮށްފައިވާ ހައިކޯޓުގެ ދެ ގޮތްޕަށް ހުށަހެޅި، އެތަންތަނުގައި ރަޖިސްޓަރީކޮށް ހިންގަމުންގޮސްފައިވާ އެންމެހައި މައްސަލަތައް، މާލޭގައި ހިނގަމުންދާ ހައިކޯޓަށް ބަދަލުވީއެވެ. އަދި މި ގާނޫނަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މައްސަލަތައް އެ ކޯޓުގައި ބަލައި ހިންގޭނެ އިދާރީ އިންތިޒާމުތައް، ހައިކޯޓުން ހަމަޖައްސަންވާނެއެވެ.

 

9 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

ކޯޓުތަކުގެ ގާނޫނު (ގާނޫނު ނަންބަރު 2010-22)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ކޯޓުތަކުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2010-22)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު