-

ތަރިކައާބެހޭ ދައްވާގެ ގާނޫނު (ގާނޫނު ނަންބަރު 1975-25) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 1988-05)

ގާނޫނު ނަންބަރު 1975-25 (ތަރިކައާބެހޭ ދައްވާގެ ގާނޫނު) އަށް ތިރީގައިމިވާ އިސްލާހު ގެނައުން. 

 

ބުނެވިދިޔަ ގާނޫނުގައި "އަތޮޅުކޯޓަށް ހުށަހަޅަންވާނެއެވެ" މިހެންއޮތްތަން "ރަށުކޯޓަށް ހުށަހަޅަންވާނެއެވެ." މިގޮތަށް ބަދަލުކުރުން.  

 

މި ގާނޫނު މިގޮތަށް އިސްލާހު ކުރެވުނު ސަބަބު

ގާނޫނުގައި އޮތްގޮތުން ހުށަހަޅަންޖެހެނީ އަތޮޅުކޯޓަށް ކަމުގައިވީ ނަމަވެސް، މިހާރު އަތޮޅުކޯތްތައް އުވާލައްވައި ރަށުކޯޓްތައް އުފެއްދެވުމުން، ބުނެވިދިޔަ ގާނޫނުގައި، "އަތޮޅުކޯޓަށް ހުށަހަޅަންވާނެއެވެ" މިހެންއޮތްތަން "ރަށުކޯޓަށް ހުށަހަޅަންވާނެއެވެ." މިގޮތަށް އިސްލާކުރަން ފެނިވަޑައިގަތުން. 

 

މައި ގާނޫނު

ތަރިކައާބެހޭ ދައްވާގެ ގާނޫނު (ގާނޫނު ނަންބަރު 1975-25)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު