-

ތަރިކައާބެހޭ ދައްވާގެ ގާނޫނު

(ގާނޫނު ނަންބަރު 1975-25)

(މި ގާނޫނުވަނީ ގާނޫނު ނަންބަރު 2021-32 ގެ 427 ވަނަ މާއްދާއިން އުވާލެވިފައި)  

މީހަކު މަރުވުމަށްފަހު އެމީހަކާމެދު ދަރަންޏެއް ނުވަތަ ވަސިއްޔަތެއް ފަދަ ކަމެއް އޮވެގެން ދައްވާކުރާ މީހަކު ހުރެއްޖެނަމަ، އެމީހަކު މަރުވާ ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި، މާލޭގައިނަމަ މިނިސްޓްރީ އޮފް ޖަސްޓިހުގެ ކަމާބެހޭ ކޯޓަށް، ރާއްޖެތެރޭގައިނަމަ ރަށުކޯޓަށް ހުށަހަޅަންވާނެއެވެ. މިމުއްދަތުގެ ތެރޭގައި ހުށަނާޅައިފިނަމަ ބެލޭނީ އެމީހެއްގެ މައްޗަށް ދަރަންޏެއް ނުވަތަ ވަސިއްޔަތެއް ނުވަތަ އެހެންވެސް އެފަދަ ކަމެއްގެ ދައްވާއެއް ކުރާ މީހަކު ނެތީކަމަށެވެ.

 

މިހާތަނަށް މަރުވެފައިވާ މީހުންގެ ތެރެއިން މީހެއްގެ މައްޗަށް އެފަދަ ދައްވާއެއް އޮތްކަމަށް ވަނީވިއްޔާ 1 ޑިސެމްބަރ 1975 ދުވަހުގެ ކުރިން ހުށަހަޅަން ވާނެއެވެ. މިގޮތުން މިމުއްދަތުގެ ތެރޭގައި ހުށަނާޅައިފިނަމަ ބެލެވޭނީ އެއިން މީހެއްގެ މައްޗަށް އެފަދަ ދައްވާއެއް ކުރާ މީހަކު ނެތީ ކަމުގައެވެ. 

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

 

އުވި ގާނޫނު

މަދަނީ އިޖުރާއަތުގެ ގާނޫނު (ގާނޫނު ނަންބަރު 2021-32)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު