-

ކަނޑުގައިދުއްވާ އުޅަޑުތައް ދުއްވުމާއި ބެހޭ ގާނޫނު (ގާނޫނު ނަންބަރު 1978-69) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫން

(ގާނޫނު ނަންބަރު 1981-05)

(ނޯޓް: ގާނޫނު ނަންބަރު 1981-05 ތަފާތު ދެގާނަކަށް ދެވިފައިވޭ)

ކަނޑުގައިދުއްވާ އުޅަޑުތައް ދުއްވުމާޢި ބެހޭ ގާނޫނު (ގާނޫނު ނަންބަރު 1978-69) އަށް ތިރީގައިމިވާ އިސްލާހުތައް ގެނައުން

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 1 ވަނަ މާއްދާގެ އިބާރާތް ތިރީގައިމިވާ ގޮތަށް ބަދަލުކުރުން.

1. ދިވެހިރާއްޖޭގައި އުފައްދާ ކަނޑުގައި ދުއްވާ އުޅަނދުތަކާއި، ރާއްޖެއިން ބޭރުންގެންނަ، އެހެން ގައުމެއްގައި ރަޖިސްޓަރީ ކުރެވިފައިނުވާ ކަނޑުގައި ދުއްވާ އުޅަނދުތައް، ދިވެހިރާއްޖޭގެ ސިޔާސީ ސަރަހައްދުގެ ތެރޭގައި ދުއްވަންވާނީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓްގައި ރަޖިސްޓަރީ ކޮށްގެންނެވެ. އަދި ދިވެހިރާއްޖޭގައި އުފައްދާ ކަނޑުގައި ދުއްވާ ދިވެހިންގެ އުޅަނދުތަކާއި، ރާއްޖެއިން ބޭރުންގެންނަ، އެހެން ގައުމެއްގައި ރަޖިސްޓަރީކޮށްފައިނުވާ، ކަނޑުގައިދުއްވާ ދިވެހިންގެ އުޅަނދުތައް، ދިވެހިރާއްޖޭގެ ސިޔާސީ ސަރަހަރައްދުގެ ބޭރުގައިވިޔަސް ދުއްވަންވާނީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓްގައި ރަޖިސްޓަރީ ކޮށްގެންނެވެ. ރަޖިސްޓަރީ ކުރެވޭނީ، އެކަމަށް ބޭނުންވާ މައުލޫމާތާއެކު، ގާނޫނު ނަންބަރު 04-1970ޖ. ގައިވާ ގޮތުގެ މަތިން ސްޓޭމްޕް ދެއްކުމުންނެވެ. 

 

2 ވަނަ މާއްދާ - ބުނެދިޔަ ގާނޫނުގެ 5 ވަނ ަމާއްދާއާއި، 6 ވަނަ މާއްދާއާއި، 7 ވަނަ މާޢްދާއާއި، 8 ވަނަ މާއްދާއާއި 9 ވަަނަ މާއްދާ އުވާލުން. 

 

3 ވަނަ މާއްދާ - 10 ވަނަ މާއްދާ އެއީ، 11 ވަނަ މާއްދާކަމަށް ބަދަލުކޮށް ތިރީގައިމިވާގޮތުގެ މަތިން 10 ވަނަ މާއްދާއެއް އިތުރުކުރުން. 

10. ކަނޑުގައިދުއްވާ އުޅަނދުތައް، ދިވެހިރާއްޖޭގެ ސިޔާސީ ސަރަހައްދުގެ ތެރޭގައި ދުއްވަންވާނީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓުން ކަނޑައަޅާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. 

 

4 ވަނަ މާއްދާ - މި ގާނޫނުގެ 11 ވަނަ މާއްދާގެ ފަހަތަށް ތިރީގައިމިވާ އިބާރާތް އިތުރުކުުރުން. 

މި ގާނޫނުގައި "އުޅަނދު" ގެ މާނައަކީ: ފެންމަތިން ނުވަތަ ކަނޑުއަޑިން، އެއްތަނުން އަނެއްތަނަށް ދަތުރުކުރުމަށްޓަކައި ހަދާފައިވާ ހުރިހާ ބާވަތެއްގެ ތަކެއްޗަށެވެ.

 

މައި ގާނޫނު

ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 69/1978)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު