-

ޕެންށަނާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2009-08) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު  2016-07)

 

ގާނޫނު ނަންބަރު 2009-08 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6 ވަނަ މާއްދާގެ (ވ) ގެ ފަހަތަށް އަންނަނިވި އަކުރު އިތުރުކުރުން.

6. (މ) މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމުގެ ބައިވެރިންނަށް އަމާޒުކޮށްގެން ޕެންށަން ފަންޑުގައި ފައިސާ، ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްތަކަށް ކޮލެޓަރަލައިޒްކުރެވޭން ސްކީމެއް މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހިންގުމާއި،އެފަދަ ސްކީމެއް ހިންގުމަށްޓަކައި ކަމާބެހޭ ފަރާތްތަކާއެކު އެއްބަސްވުންތައް އެގްރީމަންޓްކުރުން. އަދި މިފަދަ އެއްބަސްވުންތަކާ ގުޅޭގޮތުން ހިންގާ ސްކީމް ހިންގާނެ ގޮތުގެ އުސޫލުތައް ކަނޑައެޅުން.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 24 ވަނަ މާއްދާގެ ފަހަތަށް، އަންނަނިވި ގޮތަށް ބާބެއް އަދި އަންނަނިވި މާއްދާތައް އިތުރުކުރުން. 

 

ޕެންށަން ފަންޑުގައިވާ ފައިސާ ކޮލެޓަރަލައިޒްކުރުން.

 

 25. ގެދޮރުގެ މަށްރުއޫތަކުގެ ޑައުންޕޭމަންޓް ކޮލެޓަރަލައިޒްކުރުން

(ހ) އިމާރާތްކޮށް ނިންމައ، އަދި އާންމުކޮށް ހުޅުވާލައިގެން ވިއްކާ ގެދޮރު ގަތުމަށްޓަކައި  ބާނުންވާ ޑައުންޕޭމަންޓްގެ ފައިސާ، އެމީހެއްގެ ނަމުގައި ޕެންށަން ފަންޑުގައި ހުންނަ ފައިސާއިން، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައިވާ ގޮތުގެމަތިން ކޮލެޓަރަލައިޒްކުރެވިދާނެއެވެ.

(ށ) މި ގާނޫނުން ނުވަތަ އެހެން ގާނޫނަކުން އެހެން ގޮތަކަށް ކަނޑަނާޅާ ހިނދަކު، ކޮލެޓަރަލައިޒްކުރެވޭ ފައިސާއަކީ ލޯނު ނެގި ފަރާތުން، ލޯނު އަނބުރާ ނުދެއްކޭ ހާލަތުގައި، ކޮލެޓަރަލް ގަބޫލުކުރާ ނުވަތަ ލޯނުދޫކުރާ ފަރާތގެ މަންފާއަށް ބެހެއްޓޭ ފައިސާ ކަމުގެއި ބެލޭނެއެވެ.

(ނ) މ ގާނޫނުގެ ދަށުން ކޮލެޓަރަލައިޒްކުރެވޭ ފައިސާގެ ހިސާބުތައް ޕެންށަން އޮފީހުން ވަކިން ބަލަހައްޓަން ވާނެއެވެ.

 

 26. ކޮލެޓަރަލައިޒްކުރުމުގެ މައިގަނޑު ށަރުތުތަކާއި އުސޫލުތައް

(ހ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޕެންށަން ފަންޑުން ފައިސާ ކޮލެޓަރަލްގެ ގޮތުގައި ބެހެއްޓޭނީ ހަމައެކަނި ގެދޮރު ގަންނަނީ ބޭންކަކުން މެދުވެރިކޮށްނަމަ، އެފަދަ ބޭންކަކުން ދޫކުރާ ލޯނަކަށް، ނުވަތަ އެނޫންވެސް އެފަދަ މާލީ މުއްސަސާއަކުން ދޫކުރާ ލޯނަކަށް، ނުވަތަ އެނޫންވެސް އެފަދަ މާލީ މުއައްސަސާއަކުން ދޫކުރާ ލޯނަކަށެވެ.

 (ށ) މި ގާނޫނުގެ ދަށުން ކޮލެޓަރަލައިޒްކުރެވޭ ފައިސާއަކީ، ހަމައެކަނި ލޯނުގެ ޑައިންޕޭމަންޓަށް ބޭނުންވާ ފައިސާކަމުގައިވާންވާނެއެވެ. ލޯނުގެ އިންޓަރެސްޓް ނުވަތަ އެނޫންވެސް ހަރަދަކަށް ވިޔަސް ޕެންށަން ފަންޑުން ފައިސާ ހަރަދެއް ނުކުރެވޭނެއެވެ.

 

 27. ކޮލެޓަރަލައިޒްކުރުމުގެ އުސޫލުތައް

(ހ) މި ގާނޫނުގެ ދަށުން ޑައުންޕޭމަންޓް ކޮލެޓަރަލައިޒްކުރުމާބެހޭ އުސޫލުތައް ހިމެނޭ ގަވާއިދު ގާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރުން ފަށާ ތާރީހުން ފެށިގެން3 (ތިނެއް) މަސް ދުވަހުގެ ތެރޭގައި ޕެންށަން އޮފީހުގެ ބޯޑުން ކަނޑައަޅައި، ށާއިރުކުރަންވާނެއެވެ.

 (ށ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވާލާ ގަވާއިދުގައި، ގެދޮރު ގަންނަ ފަރާތުގެ ފައިސާ ދެއްކުމުގެ ގާބިލުކަން ހުރި މިންވަރު  ބަލާނެ މިންގަނޑުތަކާއި، ފައިސާ ކޮލެޓަރަލައިޒްކޮށްފައިވާ ފަރާތެއް ރިޓަޔަރކކުރުމާބެހޭ އުސޫލުތަކާއި، އަދިވެސް ކަމާބެހޭ  ގޮތުން އަމަލުކުރެވޭ އެންމެހައި އުސޫލުތައް ޕެންށަން އޮފީހުގެ ބޯޑުން ކަނޑައަޅަންވާނެއެވެ.

 

28. ކޮލެޓަރަލްގެ އަދަދު ކަނޑައެޅިގެންވުން

(ހ) މި ގާނޫނުގެ ދަށުން ދެވޭ ކޮލެޓަރަލްގެ ޔަގީންކަމަކީ، ޑައުންޕޭމަންޓަށްވާ އަދަދަށް ކަނޑައެޅިގެންވާ އަދި އެ އަދަދަށްވުރެ އެއްވެސް ހާލެއްގައި އިތުރުނުވާ ކޮލެޓަރަލްއަކަށްވާންވާނެއެވެ. އަދި ކަމާބެހޭ ލިޔުންތަކުގައި މިކަން ކަށަވަރުކުރެވިފައިވާކަން ޕެންށަން އޮފީހުގެ ބޯޑުން ޔަގީންކުރަންވާނެއެވެ.

(ށ) ކޮލެޓަރަލްގެ އެއްބަސްވުމުގެ ދަށުން ކޮލެޓަރަލައިޒްކުރާ ހާލަތެއްގައި މެނުވީ، ޕެންށަން ފަންޑުން ކޮލެޓަރަލައިޒްކުރެވުނު ފައިސާ ހަރަދެއް ނުކުރެވޭނެއެވެ.

  

3  ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 25 ވަނަ މާއްދާއަށް އަންނަނިވި ލަފްޒުގެ މާނަކުރުން އިތުރުކުރުން.

25. "ކޮލެޓަރަލައިޒްކުރުން" ކަމަށް ބުނެފައި އެވަނީ، ގެދޮރު ގަތުމަށް ލޯނެއް ނަގާއިރު، އެ ލޯނު ނުދެއްކިއްޖެ ހާލަތެއްގައި ލޯނު ދޫކުރި ފަރާތުގެ ހައްގު ހޯދުމަށް އަނބުރާ ނެގޭނެ ގޮތަށް ޕެންށަން ފަންޑުގައި ލޯނު ނެގި ފަރާތުގެ ރިޓަޔަރމަންޓް ސޭވިންގ އެކައުންޓްގައި ބެހެއްޓިފައިވާ ފައިސާއަށެވެ.

 

4 ވަނަ މާއްދާ - މި ގާނޫނުން ބުނެވިދިޔަ ގާނޫނަށް އިތުރުކުރާ މާއްދާތަކާ އެ ގާނޫނުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، މި ގާނޫނުން ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.

 

6 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިރުކުރާ ދުވަހުން ފެށިގެންނެވެ.  

 

މައި ގާނޫނު

ޕެންށަނާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2009-08)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު