ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން ހޯދުމާއި އައްޔަނުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2026-40) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަރާރު ނަންބަރު 2026-90)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 30 އޮކްޓޫބަރު 2026 ގައި)
ގަވާއިދު ނަންބަރު 2026-40 (ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން ހޯދުމާއި އައްޔަނުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހު ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ފަނޑިޔާރުން ހޯދުމަށް އިއުލާންކުރުން 7.
(ށ) ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމަށް، އެންމެ މަދުވެގެން ވެސް، ރަސްމީ 7 (ހަތެއް) ދުވަހުގެ މުއްދަތު ދެޭންވާނެއެވެ. މި އަކުރުގައި މިހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް ފަނޑިޔާރުން ހޯދުމުގައި މި އަކުރު އިސްތިސްނާވާނެއެވެ.
ކިޔުންތެރިންގެ ހިޔާލު