-

ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ރީ-އިންޓެގްރޭޓް ކުރުމާ ބެހޭ ގަވާއިދު

(ކޮންސޮލިޑޭޓެޑް ނަންބަރު 2020-30)

(1ވަނަ، 2ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

 

އެއްވަނަ ބާބު

ފެށުން

 1 ވަނަ މާއްދާ ތައާާރަފާއި ނަން

(ހ) މިއީ، ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން، އެކުދިންގެ އާާއިލާތަކާ ހަވާލުކޮށްގެން ނުވަތަ ފޮސްޓަރކޮށްގެން އެ ކުދިން ރީ-އިންޓެގްރޭޓް ކުރުމާ ބެހޭ އުސޫލުތައް ކަނޑައެޅުމުގެ ގޮތުން، ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 61 ވަނަ މާއްދާގެ (ށ) އާއި، 97 ވަނަ މާއްދާގެ (ހ) އާއި، އެ މާއްދާގެ (ށ) އާއި، 98 ވަނަ މާއްދާގެ (ށ) އާއި، 99 ވަނަ މާއްދާގެ (ބ) އާއި، 105 ވަނަ މާއްދާގެ (ށ) އާއި، 107 ވަނަ މާއްދާއަށް ރިއާާޔަތްކޮށް، 101 ވަނަ މާއްދާގެ (ށ) އާއި، އެ މާއްދާގެ (ނ) އާއި، 131 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން  ރީ-އިންޓެގްރޭޓް ކުރުމާ ބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ މަގްްސަދު

މި ގަވާއިދުގެ މަގްްސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ ދަށުން ކުޑަކުދިންނަށް ލިބިދޭ ހައްގުތައް އެ ކުދިންނަށް ލިބިދިނުމުގައި އެ ގާނޫނުގައި ބަޔާންވެގެންވާ ކަންކަން ކުރަންވާނީ ކުއްޖާގެ މަސްލަހަތަށް އެންމެ ފައިދާވާ ގޮތަށް ކަމަށް އެ ގާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި ވީހިނދު، ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިންގެ މަސްލަހަތަށް ފައިދާ ހުރީ އެ ކުދިންގެ އާާއިލާތަކާއެކު އުޅެވޭނެ ހާލަތުގައި ކަމަށް ވާ ނަމަ، އެ ކުދިންގެ އާާއިލާތަކާ ހަވާލުކޮށްގެން އެ ކުދިން ރީ-އިންޓެގްރޭޓް ކުރެވޭނެ ގޮތް ހަމަޖައްސައިދިނުން؛

(ށ) ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 68 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރަށާއި 97 ވަނަ މާއްދާގެ (ހ) އަށް ރިއާާޔަތްކޮށް، ކުއްޖެއްގެ އާާއިލީ މާހައުލުން ކުއްޖާ ވަކިކުރަންވާނީ އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުގައި ކަމަށް އޮންނަ އޮތުމުގެ މަގްްސަދަށް ރިއާާޔަތްކޮށް، ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ދާއިމީކޮށް އާާއިލީ މާހައުލުގައި އުޅުމަކީ އެ ކުދިންގެ މަސްލަހަތަށް ފައިދާވާ ގޮތް ކަމަށް ވާނަމަ، އެ ކުދިންގެ އާާއިލީ މާހައުލުގައި އުޅެބޮޑުވުމުގެ ފުރުސަތު އެ ކުދިންނަށް ހޯދައިދިނުން؛

(ނ) ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތިން ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިންގެ ތެރެއިން، ތަފާތު ސަބަބުތަކަށް ޓަކައި އެ ކުދިންގެ އާާއިލާތަކާ ހަވާލުކުރެވެން ނެތް ކުދިން ބަލަހައްޓައި، އެ ކުދިން ތަރުބިއްޔަތުކޮށް، ބަލައިބޮޑުކުރުމުގެ ޒިންމާ ދައުލަތުގެ ފަރާތުން އެހެން ފަރާތަކާ ހަވާލު ކުރެވޭނެ ފޮސްޓަރ ކެއަރގެ ނިޒާމާބެހޭ އެންމެހައި އުސޫލުތައް ކަނޑައެޅުން؛

(ރ) ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ރީ-އިންޓެގްރޭޓް ކުރުން އެ މައްޗަށް ބިނާވެފައިވާ އުސޫލުތައް ކަނޑައެޅުން؛

(ބ) ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ރީ-އިންޓެގްރޭޓް ކުރުމުގެ ކަންކަން ކުރުމުގައި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއާއި މިނިސްޓްރީގެ ޒިންމާތައް ކަނޑައެޅުން؛

(ޅ) ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ރީ-އިންޓެގްރޭޓް ކުރެވޭ ފަރާތްތަކުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ކަނޑައެޅުން؛

(ކ) ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ރީ-އިންޓެގްރޭޓް ކުރުމުގައި އަމަލު ކުރަންޖެހޭ މިންގަނޑުތައް ބަޔާންކުރުން؛ އަދި

(އ) ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 67 ވަނަ މާއްދާގެ (އ) އަށް ރިއާާޔަތްކޮށް، ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ރީ-އިންޓެގްރޭޓް ކުރާއިރު، ކުޑަކުދިންނަށް އަޅައިލުމާއި ރައްކައުތެރިކަން ފޯރުކޮށްދިނުމުގެ ގައުމީ ނިޒާމުގައި ހިމެނޭ ހުރިހާ ފަރާތްތަކަކުން ވިލަރެސްކޮށްގެން ރީ-އިންޓެގްރޭޓް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ގޮތުގެ އުސޫލުތައް ކަނޑައެޅުން.

 

3 ވަނަ މާއްދާ ރީ-އިންޓެގްރޭޓް ކުރުން

ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ރީ-އިންޓެގްރޭޓް ކުރުމަކީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެ ކުދިން ބަލަހައްޓައި، ތަރުބިއްޔަތުކޮށް، ބަލައިބޮޑުކުރުމަށްޓަކައި، ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތެއްގެ މަތިން އެ ތަނުން ފަރާތަކާ ހަވާލުކުރުމެވެ.

(ހ) ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން، އެ ކުދިންގެ އާާއިލާތަކާ ދާއިމީކޮށް ހަވާލުކުރުން؛ ނުވަތަ

(ށ) ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިންގެ ތެރެއިން ތަފާތު ސަބަބުތަކަށްޓަކައި އެ ކުދިންގެ އާާއިލާތަކާ ހަވާލުކުރެވެން ނެތް ކުދިންނާއި، ށަރުއާީ އެއްވެސް ބަލަދުވެރިޔަކު ދުނިޔޭގައި ނެތް ކުދިން ވަގުތީގޮތުން ނުވަތަ ކުއްޖާގެ ގާނޫނީ ބެލެނިވެރިކަމާއެކު، އެހެން ފަރާތަކާ ފޮސްޓަރ ކުރުމަށް ހަވާލުކުރުން.

 

4 ވަނަ މާއްދާ ރީ-އިންޓެގްރޭޓް ކުރުން ބިނާވެފައިވާ އަސާސީ އުސޫލުތައް

(ހ) ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުއްޖެއް ރީ-އިންޓެގްރޭޓް ކުރުން އެ މައްޗަށް ބިނާވެފައިވަނީ، އަންނަނިވި އަސާސީ އުސޫލުތަކުގެ މައްޗަށެވެ.

  1. ދުރު ރާސްތާއަށް ބިނާކޮށް ކުއްޖާއަށް ބޭނުންވާ އަޅައިލުން ރޭވުމުގައި، އާާއިލާއަކީ މުޖުތަމައުގެ އެންމެ އަސާސީ އިޖުތިމާއާީ ބައިކަމަށް ދެކި، އަދި އެއީ، ކުއްޖާގެ ރައްކައުތެރިކަމަށާއި، ދުޅަހެޔޮކަމަށާއި، ހެދިބޮޑުވުމަށް އެންމެ އެކަށީގެންވާ ތަަބީއާީ މާހައުލުކަމަށް ދެކި، އާާއިލާއަށް ރީ-އިންޓެގްރޭޓް ކުރެވެން އޮންނަ ހާލަތްތަކުގައި ކުއްޖާގެ އާާއިލާއަށް ރީ-އިންޓެގްރޭޓް ކުރުމަށް އިސްކަންދިނުން. މިގޮތުން ރީ-އިންޓެގްރޭޓް ކުރުމަށް ކުރާ ހުރިހާ މަސައްކަތެއްގެ މައިގަނޑު އަމާޒަކީ އާާއިލާތަކާއި ކުޑަކުދިން ކަމުގައި ހެދުން؛
  2. ކުއްޖާއާ ގުޅޭގޮތުން އަޅާ ކޮންމެ ފިޔަވަޅަކީ، ކުއްޖާގެ މަސްލަހަތަށް އިސްކަންދީގެން، އެ ކުއްޖާގެ ބައިވެރިވުމާއެކު، އެ ކުއްޖާގެ ބޭނުންތަކަށް އަމާޒުކޮށްގެން އަޅާ ފިޔަވަޅެއް ކަމުގައި ވުން؛
  3. ރީ-އިންޓެގްރޭޓް ކުރުމުގެ ހުރިހާ މަސައްކަތެއްގައިވެސް ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ކުޑަކުދިންގެ ހައްގުތަކުގެ ނަޒަރިއްޔާ ގެންގުޅުން. ވަކިން ހާއްސަކޮށް، ތަފާތުނުކުރުމާއި، ކުއްޖާގެ މަސްލަހަތަށް އިސްކަންދިނުމާއި، ހެދިބޮޑުވުމާއި، ބައިވެރިވުމުގެ ހައްގުތައް ކަށަވަރު ކުރުން؛
  4. ކުއްޖާއާއި ކުއްޖާގެ އާާއިލާ ނުވަތަ ފޮސްޓަރކުރާ ފަރާތާ ދެމެދު ހެޔޮ، ރަނގަޅު ގުޅުމެއް އުފެއްދުމަކީ އަސާސީ ކަމެއް ކަމުގައި ދުށުން؛
  5. ރީ-އިންޓެގްރޭޓް ކުރުމުގެ ސަބަބުން ކުއްޖާއަށް ގެއްލުމެއް ނުލިބޭނެ ކަމާއި، ކުއްޖާއަށް އެ ކަމުގެ ސަބަބުން ފައިދާވާނެކަން ކަށަވަރުކުރުން. މިގޮތުން، ރީ-އިންޓެގްރޭޓް ކުރުމުގެ ސަބަބުން ކުއްޖާއަށް ލިބިދާނެ ގެއްލުންތައް ދެނެގަނެ، ގެއްލުން ކުޑަކުރުމުގެ ވިސްނުމާއެކު ރީ-އިންޓެގްރޭޓް ކުރުމުގެ މަސައްކަތްތައް ބައްޓަންކުރުން؛ އަދި
  6. ކުޑަކުދިންނަށް އަޅައިލުމާއި ރައްކައުތެރިކަން ފޯރުކޮށްދިނުމުގެ ގައުމީ ނިޒާމުގައި ހިމެނޭ ކަމާބެހޭ ފަރާތްތަކާއެކު ވިލަރެސްކުރުމަކީ ކުއްޖާއަށާއި އާާއިލާއަށް ނުވަތަ ފޮސްޓަރކުރާ ފަރާތަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި އަސާސީ ދައުރެއް އަދާކުރާނެ ކަމެއް ކަމުގައި ދުށުން.
  7. (ށ) ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުއްޖެއް ރީ-އިންޓެގްރޭޓް ކުރުމުގައި ހިނގާ ކޮންމެ މަރުހަލާއެއްގައިވެސް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަސާސީ އުސޫލުތައް ނަގަހައްޓައި، ކަށަވަރުކުރުމަކީ ރީ-އިންޓެގްރޭށަން ކޮމިޓީއާއި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ ޒިންމާއެކެވެ.

 

 

ދެވަނަ ބާބު

ރީ-އިންޓެގްރޭށަން ކޮމިޓީ

 

5 ވަނަ މާއްދާ ރީ-އިންޓެގްރޭށަން ކޮމިޓީ

(ހ) ރީ-އިންޓެގްރޭށަން ކޮމިޓީއަކީ، ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ރީ-އިންޓެގްރޭޓް ކުރުމާ ބެހޭ ކަންކަން ހިންގުމުގައި މިނިސްޓްރީއަށް ލަފާދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ފަރާތެވެ.

(ށ) ރީ-އިންޓެގްރޭށަން ކޮމިޓީ އެކުލަވައިލާނީ ކަމާބެހޭ އެންމެހައި ދާއިރާތައް ތަމްސީލުވާނޭހެން މިނިސްޓަރެވެ.

(ނ) މި ގަވާއިދުގެ ދަށުން އެކުލަވައިލާ ރީ-އިންޓެގްރޭށަން ކޮމިޓީ ޖަވާބުދާރީވާނީ މިނިސްޓަރަށެވެ.

(ރ) ރީ-އިންޓެގްރޭށަން ކޮމިޓީގެ އިދާރީ ކަންކަން ހިންގައި ބަލަހައްޓާނީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިންނެވެ.

 

6 ވަނަ މާއްދާ - ރީ-އިންޓެގްރޭށަން ކޮމިޓީގެ މަސްއޫލިއްޔަތާއި ކޮމިޓީގެ މެންބަރުންގެ މަސްއޫލިއްޔަތުތައް

ރީ-އިންޓެގްރޭށަން ކޮމިޓީގެ މަސްއޫލިއްޔަތުތައް ތިރީގައި މިވަނީއެވެ.

(ހ) ތާވަލްކުރެވޭ ކޮމިޓީގެ ބައްދަލުވުންތަކަށް ހާޒިރުވުން؛

(ށ) ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިންގެ ތެރެއިން ރީ-އިންޓެގްރޭޓް ކުރުމަށް ތައްޔާރުވެފައިވާ ކުދިންނަކީ ކޮބައިކަން ނިންމުން؛

(ނ) ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުއްޖެއް ރީ-އިންޓެގްރޭޓް ކުރުމަށް ޓަކައި އެ ކުއްޖާ ހަވާލުކުރުމަށް އެންމެ އެކަށީގެންވާ ފަރާތްކަމަށް އެ މައްސަލައަކާ ހަވާލުވެހުރި އިޖުތިމާއާީ ހިދުމަތްތެރިޔާ ފާހަގަކުރާ ފަރާތަކާބެހޭ ލިޔުންތަކާއި އެސެސްމަންޓް ރިޕޯޓު ދިރާސާކުރުން. މިގޮތުން، އެސެސްމަންޓް ރިޕޯޓުގައި ބޭނުންވާ ހުރިހާ މައުލޫމާތެއް ފުރިހަމަވޭތޯ ބެލުމާއި، ހުށަހެޅިފައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމާއި، އިތުރު މައުލޫމާތު ބޭނުންވާނަމަ އިޖުތިމާއާީ ހިދުމަތްތެރިޔާއާ ނުވަތަ ކުއްޖާ ބެލުމަށް އެންމެ އެކަށީގެންވާ ފަރާތް ކަމަށް އިޖުތިމާއާީ ހިދުމަތްތެރިޔާ ފާހަގަކޮށްފައިވާ ފަރާތާ ސުވާލުކޮށްގެން މައުލޫމާތު އޮޅުންފިލުވުން؛

(ރ) ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުއްޖެއް ރީ-އިންޓެގްރޭޓް ކުރުމަށް ޓަކައި ހަވާލުކުރަން ގަސްތުކުރާ ފަރާތާ ކޮމިޓީން އިންޓަވިއު ކުރަން ޖެހިއްޖެ ހާލަތެއްގައި، އިންޓަވިއުކޮށް، އެއީ ކުއްޖާ ބެލެހެއްޓުމަށް ގާބިލް ފަރާތެއްކަން ކަށަވަރުކުރުން؛

(ބ) ކޮމިޓީއަށް ހުށަހެޅޭ ލިޔުންތަކާއި ރިޕޯޓުތަކުގެ މައްޗަށް ބިނާކޮށް ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުއްޖެއް ރީ-އިންޓެގްރޭޓް ކުރުމަށް ޓަކައި އެ ކުއްޖާ ހަވާލުކުރާނެ ފަރާތެއް ނިންމުން. މިގޮތުން ނިންމާއިރު، އެ ނިންމުމަކީ، ކުއްޖާގެ މަސްލަހަތަށް އެންމެ ރަނގަޅު ނިންމުމެއްކަން ނުވަތަ ނޫންކަން ކަށަވަރުކުރުން؛

(ޅ) ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ރީ-އިންޓެގްރޭޓް ކުރުމާ ބެހޭ ހުރިހާ މަރުހަލާއެއްގައިވެސް މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަސާސީ އުސޫލުތައް ނެގެހެއްޓޭކަން ކަށަވަރުކުރުން؛

(ކ) ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިންގެ ތެރެއިން ރީ-އިންޓެގްރޭޓް ކުރުމަށް ކޮމިޓީން ނިންމާ ކުދިން، އެ ކުދިންގެ އާާއިލާއާ ނުވަތަ ފޮސްޓަރކުރާ ފަރާތާ ހަވާލުކުރުމުގެ ކުރިން މިނިސްޓްރީއާއި އާާއިލާއާ ނުވަތަ ފޮސްޓަރކުރާ ފަރާތާ ދެމެދު ވެވޭ އެއްބަސްވުން ފާސްކުރުން؛

(އ) ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިންގެ ތެރެއިން ރީ-އިންޓެގްރޭޓް ކުރެވޭ ކުދިންގެ ހާލަތު، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މޮނިޓަރކުރަމުން ގެންދިޔުން؛

(ވ) ކޮމިޓީގެ ހުރިހާ މަސައްކަތެއްވެސް އިންސާފުވެރިކަމާއެކު، ދެފުށް ފެންނަ ގޮތެއްގައި އަދި ކުއްޖާގެ މަސްލަހަތަށް އިސްކަންދީގެން، ކުއްޖާގެ ކަރާމާތް ރައްކައުތެރި ކުރެވޭކަން ކަށަވަރުކުރެވޭ ގޮތެއްގައި ކުރުން؛

(މ) ކޮމިޓީގެ މަސްއޫލިއްޔަތު ކަމުގައި މި ގަވާއިދުގައި ބަޔާން ކޮށްފައިވާ އެންމެހައި ކަންކަން ކުރުން؛ އަދި

(ފ) ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ރީ-އިންޓެގްރޭޓް ކުރުމާ ބެހޭ އެހެނިހެން ކަންކަމުގައި ވެސް މިނިސްޓްރީއަށް ދޭންޖެހޭ ލަފާދިނުން.

 

7 ވަނަ މާއްދާ - ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކުރުމާބެހޭ ކައުންސިލުން ދޭ ލަފަޔާއި އިރުށާދުތައް ކޮމިޓީން ތަންފީޒުުކުރުން

ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ ދަށުން އުފައްދާ ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާބެހޭ ކައުންސިލުން ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ރީ-އިންޓެގްރޭޓް ކުރުމާ ބެހޭ ގޮތުން މިނިސްޓަރަށް ދޭ ލަފަޔާއި އިރުށާދުތައް މިނިސްޓަރު އަންގާ ގޮތެއްގެ މަތިން ރީ-އިންޓެގްރޭށަން ކޮމިޓީން ތަންފީޒުު ކުރަމުން ގެންދަންވާނެއެވެ.

 

8 ވަނަ މާއްދާ - ރީ-އިންޓެގްރޭށަން ކޮމިޓީ އެކުލެވިގެންވާ ގޮތް

ރީ-އިންޓެގްރޭށަން ކޮމިޓީ އެކުލެވިގެންވަނީ އަންނަނިވި ފަރާތްތަކުގެ މައްޗަށެވެ.

(ހ) ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިންގެ އެންމެހައި ކަންކަން ބެލެހެއްޓުމާ ހަވާލުވެހުރި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ އިސްފަރާތެއް؛

(ށ) ސިިއްހަތާބެހޭ ވުޒާރާގެ އިސްފަރާތެއް؛

(ނ) ތައުލީމާބެހޭ ވުޒާރާގެ އިސްފަރާތެއް؛

(ރ) އިސްލާމީ ކަންކަމާބެހޭ ވުޒާރާގެ އިސްފަރާތެއް؛

(ބ) މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތެއް؛

(ޅ) އެޓަރނީ ޖެނެރަލްގެ އޮފީހުގެ ގާނޫނީ ވަކީލެއް؛

(ކ) ސިިއްހީ ދާއިރާއިން ސަރުކާރުގެ ހޮސްޕިޓަލެއްގެ ޑޮކްޓަރެއް؛

(އ) މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުގައި ރަޖިސްޓަރީވެފައިވާ، ދިވެހިރާއްޖޭގައި މަސައްކަތްކުރާ ސައިކޮލޮޖިސްޓުންގެ ތެރެއިން މިނިސްޓަރު އައްޔަނު ކުރާ ސައިކޮލޮޖިސްޓެއް؛

(ވ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކޮށްދިނުމަށް ޓަކައި މަސައްކަތްކުރާ އަމިއްލަ ޖަމްއާިއްޔާތަކުގެ ތެރެއިން މިނިސްޓަރު އައްޔަނު ކުރާ ޖަމްއާިއްޔާއެއް.

 

9 ވަނަ މާއްދާ - ރީ-އިންޓެގްރޭށަން ކޮމިޓީގެ މެންބަރުންގެ ށަރުތުތައް

ރީ-އިންޓެގްރޭށަން ކޮމިޓީގެ މެންބަރެއްގެ ގޮތުގައި އައްޔަނު ކުރާ ފަރާތަކީ އަންނަނިވި ށަރުތުތައް ފުރިހަމަވާ ފަރާތަކަށް ވާންވާނެއެވެ.
 
 
(ހ) ކުޑަކުއްޖަކަށް ޖިންސީ އަނިޔާއެއް، ނުވަތަ ޖިސްމާނީ އަނިޔާއެއް، ނުވަތަ ނަފްސާނީ އަނިޔާއެއް ކުރިކަން ނުވަތަ އިހުމާލުވެފައިވާ ނުވަތަ އެ ފަދަ އަމަލަކަށް އެއްވެސް ސިފައެއްގައި އެހީތެރިވެދީފައިވާ ނުވަތަ ބައިވެރިވެފައިވާ ނުވަތަ ކުރަން އުޅެފައިވާ ކަމުގެ ތުހުމަތެއް ކުރެވިފައިވާ ކަމުގެ އެއްވެސް ރިކޯޑެއް، ކަމާ ގުޅުންހުރި އެއްވެސް އިދާރާއެއްގައި އޮތް ފަރާތެއް ކަމުގައި ނުވުން؛ އަދި

(ށ) ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުއްޖަކާ ނުވަތަ އެ ކުދިން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ މުވައްޒަފަކާ އާާއިލީ  ގުޅުމެއް ނެތުން.

 

10 ވަނަ މާއްދާ - ރީ-އިންޓެގްރޭށަން ކޮމިޓީގެ ރައީސާއި ނައިބު ރައީސް

(ހ) ރީ-އިންޓެގްރޭށަން ކޮމިޓީގެ މެންބަރުންގެ ތެރޭގައި، އައްޔަނު ކޮށްފައިވާ ރައީސަކާއި ނައިބު ރައީސަކު ހުންނަންވާނެއެވެ. ރައިސާއި ނައިބު ރައީސް ކަމަށް އައްޔަނު ކުރާނީ، ރީ-އިންޓެގްރޭށަން ކޮމިޓީގެ މެންބަރުންގެ އަޣުލަބިއްޔަތުން ހޮވޭ މެންބަރުންނެވެ. މިގޮތަށް ހޮވޭ މެންބަރުންނަކީ މިނިސްޓްރީ ތަމްސީލުކުރާ މެންބަރުން ކަމުގައި ވެގެން ނުވާނެއެވެ.

(ށ) ރީ-އިންޓެގްރޭށަން ކޮމިޓީގެ މަސައްކަތްތައް ރާވައި ހިންގައި، ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ، ކޮމިޓީގެ ރައީސެވެ. ރައީސް ނެތް ހާލަތެއްގައި، ބުނެވިދިޔަ ކަންކަމުގެ އިތުރުން، ރައީސްގެ މަސްއޫލިއްޔަތު ކަމަށް މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ކުރާނީ ނައިބު ރައީސެވެ.

(ނ) ރީ-އިންޓެގްރޭށަން ކޮމިޓީގެ ރައީސްގެ ޒިންމާތައް، ތިރީގައި މިވަނީއެވެ.

  1. ކޮމިޓީގެ މެންބަރުންގެ އިތުރުން، ކޮމިޓީގެ ބައްދަލުވުންތަކުގައި ބައިވެރިވާނެ ފަރާތްތައް ކަނޑައެޅުން؛
  2. ކޮމިޓީއަށް ހުށަހަޅާ މައްސަލަތައް އަވަސްކަމާއެކު ކުރިޔަށް ގެންދިއޔުމަށް ބާރު އެޅުން؛
  3. ކޮމިޓީގައި މަށްވަރާކުރެވޭ ކަންކަމާއި، ކޮމިޓީން ދޭ ލަފަޔާއި، ނިންމާ ނިންމުންތަކާއި، މި ނިންމުންތަކަށް ވާސިލު ވެވުނު ގޮތްތަކުގެ ޔައުމިއްޔާ ލިޔެ، ލިޔެކިޔުންތަކާއި ފައިލްތައް ބެލެހެއްޓޭކަން ކަށަވަރުކުރުން؛
  4. ކޮމިޓީގައި ހިންގާ މަށްވަރާތަކުގައި ކޮމިޓީގެ ހުރިހާ މެންބަރުންގެ ބައިވެރިވުމަށް ފުރުސަތު ތަނަވަސްކޮށް އެއްބަސްވުމަކަށް ވާސިލު ވުމަށް މަސައްކަތްކުރުން؛ އަދި
  5. ކޮމިޓީގެ މެންބަރުންގެ ނަޒާހަތްތެރިކަން ދެމެހެއްޓުން ކަށަވަރުކުރުމާއި، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކުރުމަށް ހަދައިފައިވާ ގާނޫނުތަކާއި  ގަވާއިދުތަކާއި އުސޫލުތައް ނެގެހެއްޓުން.

 

11 ވަނަ މާއްދާ - ރީ-އިންޓެގްރޭށަން ކޮމިޓީގެ ބައްދަލުވުންތަކުގެ ގާނޫނީ އަދަދާއި ބައްދަލުވުންތައް

(ހ) ރީ-އިންޓެގްރޭށަން ކޮމިޓީގެ ބައްދަލުވުންތަކުގެ ގާނޫނީ އަދަދަކީ 5 (ފަހެއް) މެންބަރުންނެވެ.

(ށ) ރީ-އިންޓެގްރޭށަން ކޮމިޓީގެ ބައްދަލުވުންތައް ބާއްވަންވާނީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސަސްއިން އެ ކޮމިޓީއަށް ހުށަހަޅާ ރީ-އިންޓެގްރޭޓް ކުރުމާ ބެހޭ މައްސަލަތަކުގެ މައްޗަށް ބިނާކޮށް، އެ ސަރވިސްއިން އެކުލަވައިލާ ތަވާލާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

(ނ) ރީ-އިންޓެގްރޭށަން ކޮމިޓީން ނިންމާ ނިންމުމެއް ފާސްވެއްޖެ ކަމަށް ބެލޭނީ، ކޮމިޓީގެ މެންބަރުންގެ އަޣުލަބިއްޔަތުން އެ ކަމެއް ފާސްވެއްޖެ ނަމައެވެ.

(ރ) ރީ-އިންޓެގްރޭށަން ކޮމިޓީގެ ބައްދަލުވުމުގައި ރައީސާއި ނައިބު ރައީސް ބައިވެރިވާން އުޒުުރުވެރިވެއްޖެ ހާލަތެއްގައި، ހާޒިރުވެ ތިބި މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން، އެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާނެ މެންބަރަކު ކަނޑައަޅަން ވާނެއެވެ. މިގޮތަށް ހޮވާ މެންބަރަކީ، މިނިސްޓްރީ ތަމްސީލުކުރާ މެންބަރެއް ކަމުގައި ވެގެން ނުވާނެއެވެ.

(ބ) ރީ-އިންޓެގްރޭށަން ކޮމިޓީގެ ބައްދަލުވުމުގެ ހުރިހައި ނިންމުންތަކެއްވެސް ހުންނަންވާނީ ޔައުމިއްޔާގައި ލިޔެވިފައެވެ. އަދި މި ނިންމުންތައް ހުރިހާ މެންބަރުންނާ ހިއްސާކުރަންވާނެއެވެ.

 

12 ވަނަ މާއްދާ - ރީ-އިންޓެގްރޭށަން ކޮމިޓީގެ މެންބަރުކަމުގެ ދައުރު

ރީ-އިންޓެގްރޭށަން ކޮމިޓީއަށް ކޮންމެ މެންބަރަކުވެސް އައްޔަނު ކުރެވޭނީ 3 (ތިނެއް) އަހަރުދުވަހުގެ ދައުރަކަށެވެ. އަދި ކޮންމެ މެންބަރަކަށްވެސް އެންމެ ގިނަވެގެން ފުރިހަމަކުރެވޭނީ 3 (ތިނެއް) އަހަރުދުވަހުގެ 2 (ދޭއް) ދައުރެވެ.

 

13 ވަނަ މާއްދާ - މެންބަރަކު އިސްތިއުފާ ދިނުން

ކޮންމެ މެންބަރަކަށްވެސް، އެ މެންބަރަކު ބޭނުންވެއްޖެ ހާލަތެއްގައި، ރީ-އިންޓެގްރޭށަން ކޮމިޓީން އިސްތިއުފާ ދިނުމުގެ އިހްތިޔާރު ލިބިގެންވެއެވެ. އަދި މެންބަރުކަމުން ވަކިވާން ބޭނުންވެއްޖެ ހާލަތެއްގައި، ލިޔުމުން އެކަން މިނިސްޓަރަށް އަންގަންވާނެއެވެ.

 

14 ވަނަ މާއްދާ - މެންބަރުކަމުން ވަކިކުރުން

(ހ) ރީ-އިންޓެގްރޭށަން ކޮމިޓީގެ އެއްވެސް މެންބަރަކު މަދުވެގެން %70 (ހަތްދިހަ އިންސައްތަ) ބައްދަލުވުންތަކަށް ހާޒިރު ނުވެއްޖެ ނަމަ، ނުވަތަ މަގުބޫލު އުޒުރެއްނެތި ވިދިވިދިގެން ކޮމިޓީގެ 3 (ތިނެއް) ބައްދަލުވުމަށް ހާޒިރު ނުވެއްޖެ ނަމަ، އެ މެންބަރަކަށް އެކަން ލިޔުމުން އަންގައި، މެންބަރުކަމުން ވަކިކުރުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

(ށ) ރީ-އިންޓެގްރޭށަން ކޮމިޓީގެ އެއްވެސް މެންބަރަކު، ކުއްޖެއްގެ ކަރާމާތަށް ގެއްލުމެއް ނުވަތަ އުނިކަމެއް ލިބޭ ފަދަ އަމަލެއް ކޮށްފި ނަމަ، އެ މެންބަރަކު ވަގުތުން މެންބަރުކަމުން ވަކިކުރެވޭނެއެވެ.

 

15 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން

ރީ-އިންޓެގްރޭށަން ކޮމިޓީގެ ހުރިހާ މެންބަރުންވެސް ސިއްރު ހިފެހެއްޓުމުގެ އެއްބަސްވުމެއްގައި ސޮއިކޮށް އިގްްރާރުވާންވާނެއެވެ.

 

16 ވަނަ މާއްދާ - މެންބަރުންގެ އެލަވަންސް

ރީ-އިންޓެގްރޭށަން ކޮމިޓީގައި ހިމެނޭ ކޮންމެ މެންބަރަކަށްވެސް ހާޒިރުވާ ކޮންމެ ބައްދަލުވުމަކަށް މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދަޔާއެކު އެލަވަންސެއް ކަނޑައަޅަންވާނެއެވެ.

 

 

ތިންވަނަ ބާބު

ރީ-އިންޓެގްރޭޓް ކުރުމާ ބޭހޭ އާންމު އުސޫލުތައް

 

17 ވަނަ މާއްދާ - ރީ-އިންޓެގްރޭޓް ކުރުމުގައި އިސްކަންދޭންޖެހޭ ކަންކަން

(ހ) ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ރީ-އިންޓެގްރޭޓް ކުރުމުގައި އެންމެ އިސްކަމެއް ދޭންވާނީ، އެ ކުދިންގެ އާާއިލާތަކާ ހަވާލުކޮށްގެން ރީ-އިންޓެގްރޭޓް ކުރުމަށެވެ. މިގޮތުން، އެ ކުދިންގެ އާާއިލާތައް ހޯދުމަށްފަހު، އެ ކުދިންގެ އާާއިލާގެ ތެރެއިން އެ ކުދިން ބެލެހެއްޓުމާ ހަވާލުވާން ތައްޔާރަށް ތިބި ފަރާތްތަކުގެ އެސެސްމަންޓް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހެދުމަށްފަހު، އެ ކުދިން ބެލެހެއްޓުމަށްޓަކައި އެ ކުދިން ހަވާލުކުރަން އެންމެ އެކަށީގެންވާ ފަރާތަކީ ކޮބައިކަން ނިންމާނީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރީ-އިންޓެގްރޭށަން ކޮމިޓީންނެވެ.

(ށ) ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިންގެ ތެރެއިން، ތަފާތު ސަބަބުތަކަށްޓަކައި އެ ކުދިންގެ އާާއިލާތަކާ ހަވާލު ކުރެވެން ނެތް ކުދިންނާއި ށަރުއާީ އެއްވެސް ބަލަދުވެރިޔަކު ދުނިޔޭގައި ނެތް ކުދިން ރީ-އިންޓެގްރޭޓް ކުރުމަށް މަސައްކަތް ކުރަންވާނީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފޮސްޓަރ ކޮށްގެންނެވެ. މިގޮތުން، ފޮސްޓަރ ކުރުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިންގެ ތެރެއިން އެ އިރަކު ފޮސްޓަރ ކުރުމަށް ފާހަގަކޮށްފައިވާ ކުދިން ފޮސްޓަރ ކުރުމަށް އެންމެ އެކަށީގެންވާ ފަރާތްތަކަކީ ކޮބައިކަން ނިންމާނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރީ-އިންޓެގްރޭށަން ކޮމިޓީންނެވެ.

 

18 ވަނަ މާއްދާ - ކުދިން ބެލެހެއްޓުމަށް ހަވާލުކުރެވޭ ފަރާތެއްގެ ކިބައިގައި ފުރިހަމަވާންޖެހޭ އާންމު ށަރުތުތައް

(ހ) ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ރީ-އިންޓެގްރޭޓް ކުރުމުގެ ގޮތުން އެ ކުދިން ބެލެހެއްޓުމަށް މިނިސްޓްރީން ހަވާލުކުރާ ފަރާތެއްގެ ކިބައިގައި އަންނަނިވި އާންމު ށަރުތުތައް ފުރިހަމަ ވާންވާނެއެވެ.

  1. ދިވެހި ރައްޔިތަކު ކަމުގައި ވުން؛
  2. ކާވެނިކޮށްގެން އުޅޭ މީހަކު ކަމުގައި ވުން؛
  3. މީލާދީގޮތުން އުމުރުން 25 (ފަންސަވީސް) އަހަރާއި 65 (ފަސްދޮޅަސް ފަހެއް) އަހަރާ ދެމެދުގެ މީހަކު ކަމުގައި ވުން؛
  4. އާާއިލާއެއް ބެލެހެއްޓޭވަރުގެ އާމްދަނީއެއް ލިބޭ ފަރާތެއް ކަމުގައި ވުން؛
  5. ނަފުސާނީގޮތުންނާއި ޖިސްމާނީގޮތުން ދުޅަހެޔޮ ފަރާތެއް ކަމުގައި ވުން؛
  6. މިނިސްޓްރީން ތައްޔާރުކުރާ އެސެސްމަންޓުން ކުއްޖާ ބެލޭވަރުގެ ގާބިލްކަން ހުރި ފަރާތެއްކަން އެނގެން އޮތުން؛
  7. ކުޑަކުއްޖަކަށް ނުވަތަ މީހަކަށް ޖިންސީ އަނިޔާއެއް، ނުވަތަ ޖިސްމާނީ އަނިޔާއެއް، ނުވަތަ ނަފުސާނީ އަނިޔާއެއް ކުރިކަން ނުވަތަ އިހުމާލުވެފައިވާކަން ށަރީއަތަށް ސާބިތުވެފައިވާ ނުވަތަ އެފަދަ އަމަލެއް ހިންގައިފައިވާ ނުވަތަ އެފަދަ ކުށަކަށް އެއްވެސް ސިފައެއްގައި އެހީތެރިވެދީފައިވާ ނުވަތަ ބައިވެރިވެފައިވާ ނުވަތަ ކުރަން އުޅެފައިވާ ކަމުގެ ތުހުމަތެއް ކުރެވިފައިވާ ކަމުގެ އެއްވެސް ރިކޯޑެއް، ކަމާ ގުޅުންހުރި އެއްވެސް އިދާރާއެއްގައި އޮތް ފަރާތެއް ކަމުގައި ނުވުން؛
  8. ގާނޫނު ނަންބަރު 2011-17 (މަސްތުވާ ތަކެއްޗާބޭހޭ ގާނޫނު) ގައި ބަޔާންކުރާ ކުށްތަކުގެ ތެރެއިން، އެއްވެސް ކުށެއް ކުރި ކަމުގެ ރިކޯޑެއް، ފާއިތުވީ 10 (ދިހައެއް) އަހަރުދުވަހުގެ ތެރޭގައި، ކަމާ ގުޅުން ހުރި އެއްވެސް އިދާރާއެއްގައި އޮތް ފަރާތެއް ކަމުގައި ނުވުން؛
  9. ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ޖިނާއީ ބޮޑު ކުށެއް ށަރީއަތަށް ސާބިތުވެފައިވާ ނުވަތަ ތަންފީޒުު ކުރަމުންދާ ނުވަތަ އެ ފަދަ ދައުވާއެއް އުފުލިފައިވާ ނުވަތަ ތަހުގީގީ މަރުހަލާއެއްގައި ނުވަތަ އެއްވެސް އިރެއްގައި ތުހުމަތެއް ކުރެވިފައިވާ ކަމުގެ އެއްވެސް ރިކޯޑެއް، ތަހުގީގީ އިދާރާއެއްގައި އޮތް ފަރާތެއް ކަމުގައި ނުވުން؛
  10. އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ވޭތުވެދިޔަ 10 (ދިހައެއް) އަހަރުދުވަހުގެ ތެރޭގައި ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ ނުވަތަ ތަންފީޒުު ކުރަމުންދާ ނުވަތަ އެ ފަދަ ކުށެއްގެ ތުހުމަތެއް ކުރެވިފައިވާ ކަމުގެ އެއްވެސް ރިކޯޑެއް، ތަހުގީގީ އިދާރާއެއްގައި އޮތް ފަރާތެއް ކަމުގައި ނުވުން؛ އަދި
  11. ސާބިތު ދަރަނީގެ މައްސަލައެއްގެ ނުވަތަ ސާބިތު ހަރަދުގެ މައްސަލައެއްގެ އެއްވެސް ރިކޯޑެއް، ފާއިތުވީ 10 (ދިހައެއް) އަހަރުދުވަހުގެ ތެރޭގައި، ކަމާ ގުޅުންހުރި އިދާރާއެއްގައި އޮތް ފަރާތެއް ކަމުގައި ނުވުން.

(ށ) މި މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައި "ކާވެނި ކޮށްގެން އުޅޭ މީހަކު ކަމުގައިވުން" މިފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، ކުއްޖާ ރީ-އިންޓެގްރޭޓް ކުރަނީ ކުއްޖާގެ މަންމަގެ ކައިރިޔަށް ނުވަތަ ބައްޕަގެ ކައިރިޔަށް ކަމުގައި ނަމަ، އެ ފަރާތެއްގެ ކިބައިގައި މި މާއްދާގެ (ހ) ގައި ބަޔާންކުރާ އެހެނިހެން ށަރުތުތައް ފުރިހަމަވާނަމަ، އެ ފަރާތަކަށް ފުރުސަތު ދިނުމުގެ އިހްތިޔާރު ރީ-އިންޓެގްރޭށަން ކޮމިޓީއަށް ލިބިގެންވެއެވެ. މީގެ އިތުރުން، ކާވެނި ކޮށްގެން ނޫޅޭ ފަރާތެއް ނަމަވެސް، އެ ފަރާތުގެ ކިބައިގައި މި މާއްދާގެ (ހ) ގައި ބަޔާންކުރާ އެހެނިހެން ށަރުތުތައް ފުރިހަމަވާނަމަ، އެ ފަރާތަކަށްވެސް ފުރުސަތު ދިނުމުގެ އިހްތިޔާރު ރީ-އިންޓެގްރޭށަން ކޮމިޓީއަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުން ފެށިގެން (11) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންކަން ކަށަވަރުކުރުމުގެ ގޮތުން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން ހަދާ ބެކްގްރައުންޑް ޗެކްގެ ރިޕޯޓު އެ ސަރވިސްއިން ރީ-އިންޓެގްރޭށަން ކޮމިޓީއަށް ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ބެކްގްރައުންޑް ޗެކް ހެދުމަށްޓަކައި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން ދައުލަތުގެ އެހެނިހެން އިދާރާތަކުގެ އެހީތެރިކަން ހޯދުމަށް ހުރަހެއް ނެތެވެ.

(ބ) މި މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުން ފެށިގެން (11) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ޖިނާއީ ކުށްތައް ފިޔަވައި، އެހެނިހެން ޖިނާއީ ކުށެއް ކޮށްފައިވާ ފަރާތަކަށް، އެ ކުށެއްގެ ކުޑަބޮޑުމިނަށް ބަލައި، ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުއްޖެއް ރީ-އިންޓެގްރޭޓް ކުރުމުގެ ގޮތުން، މި ގަވާއިދުގެ ދަށުން އެ ކުއްޖަކު ބެލެހެއްޓުމުގެ ފުރުސަތު ދިނުމާމެދު ގޮތެއް ނިންމުމުގެ އިހްތިޔާރު، ރީ-އިންޓެގްރޭށަން ކޮމިޓީއަށް ލިބިގެންވެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކުރާ ފަދަ ފަރާތަކަށް ކުއްޖަކު ބެލެހެއްޓުން ހަވާލުކުރުމުގައި، އެ ފަދަ ފަރާތެއްގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާކަން، ރީ-އިންޓެގްރޭށަން ކޮމިޓީން ކަށަވަރު ކުރަން ވާނެއެވެ.

  1. އެ ފަރާތުން ކޮށްފައިވާ ކުށަކީ ތައުޒީރީ އަދަބެއް ކަނޑައެޅިފައިވާ، ނުވަތަ ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގައި ބަޔާންކޮށްފައިވާ ކުށުގެ ދަރަޖަތަކުގެ ތެރެއިން ޖުނަހުގެ 2 ވަނަ ދަރަޖައިގެ ނުވަތަ ޖުނަހުގެ 3 ވަނަ ދަރަޖައިގެ ކުށަކަށް ވުން؛ އަދި
  2. އެ ފަރާތުން ކޮށްފައިވާ ކުށަކީ އެއްވެސް ސިފައެއްގައި ކުޑަކުއްޖެއްގެ ހައްގަކަށް އުނިކަމެއް ލިބިފައިވާ ނުވަތަ ލިބޭނޭ ފަދަ ކުށަކަށް ނުވުން.

 

19 ވަނަ މާއްދާ - އާާއިލާއަށް ރީ-އިންޓެގްރޭޓް ކުރާއިރު، ކުއްޖާ ހަވާލުކުރެވޭ ފަރާތުގެ ކިބައިގައި ފުރިހަމަވާންޖެހޭ އިތުރު ށަރުތުތައް

ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ރީ-އިންޓެގްރޭޓް ކުރުމުގެ ގޮތުން އެ ކުދިންގެ އާާއިލާތަކާ ހަވާލުކުރާއިރު، އެ ކުދިން ހަވާލުކުރެވޭ ފަރާތެއްގެ ކިބައިގައި، މި ގަވާއިދުގެ 18 ވަނަ މާއްދާގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވުމުގެ އިތުރުން، އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

(ހ) ކުއްޖާގެ މައިންބަފައިން، ނުވަތަ މަންމަ ނުވަތަ ބައްޕަ ކަމުގައި ވުން؛

(ށ) ކުއްޖާގެ ށަރުއާީ ބަލަދުވެރިއެއް ކަމުގައި ވުން؛ ނުވަތަ

(ނ) ކުއްޖާގެ ހަޒާާނަތު ހައްގުވާ ފަރާތެއް ކަމުގައި ވުން.

 

20 ވަނަ މާއްދާ - ކުއްޖެއްގެ މައިންބަފައިންނާ ނުވަތަ މަންމަޔާ ނުވަތަ ބައްޕަޔާ ހަވާލުކުރެވޭއިރު ހާއްސަ އުސޫލުން އަމަލުކުރުން

(ހ) މި ގަވާއިދުގެ 18 ވަނަ މާއްދާގައި ވަކި ގޮތަކަށް ބަޔާންކޮށްފައި  އޮތް ނަމަވެސް، މި ގަވާއިދުގެ 4 ވަނަ މާއްދާގައި ކުއްޖަކު، އެ ކުއްޖެއްގެ ތަަބީއާީ އާާއިލީ މާހައުލުގައި އުޅެވޭނެ ފުރުސަތު ގާއިމްކޮށްދިނުމަށް އޮންނަ އޮތުމުގެ މަގްްސަދަށް ބަލައި، ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުއްޖަކު ރީ-އިންޓެގްރޭޓް ކުރުމުގެ ގޮތުން  އެ ކުއްޖެއްގެ މައިންބަފައިންނާ ނުވަތަ މަންމަޔާ ނުވަތަ ބައްޕަޔާ ހަވާލުކުރެވޭއިރު، މި ގަވާއިދުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ލުއި ދިނުމުގެ ނަޒަރިއްޔާއަކުން ރީ-އިންޓެގްރޭށަން ކޮމިޓީން ރިއާާޔަތް ކުރުމަކަށް ހުރަހެއް ނެތެވެ. މިގޮތަށް ލުއިދޭއިރު ވެސް، މި ގަވާއިދުގެ 18 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ށަރުތަަކަށް ލުޔެއް ނުދެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ލުޔެއް ދޭއިރު، ކުއްޖަކު ރީ-އިންޓެގްރޭޓް ކުރުމުގެ ކުރިން، އެ ކުއްޖާގެ މައިންބަފައިންގެ ނުވަތަ މަންމަގެ ނުވަތަ ބައްޕަގެ ހާލަތު ބަދަލުވެފައިވާ މިންވަރާއި، އެ މީހުންގެ ހާލަތަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް އެ ފަރާތްތައް ކޮށްފައިވާ މަސައްކަތް ދެނެގަތުމަށާއި، އެ މަސައްކަތް ވަޒަންކުރުމަށް އިތުރު އެސެސްމަންޓެއް ހެދުމުގެ ނުވަތަ ރީ-އިންޓެގްރޭށަން ކޮމިޓީން ކަނޑައަޅާ މުއްދަތަކަށް އެ ފަރާތްތައް މޮނިޓަރ ކުރުމުގެ ބާރު، ރީ-އިންޓެގްރޭށަން ކޮމިޓީއަށް ލިބިގެންވެއެވެ.

 

21 ވަނަ މާއްދާ - ފޮސްޓަރކޮށްގެން ރީ-އިންޓެގްރޭޓްކުރާއިރު، ފޮސްޓަރކުރާ ފަރާތުގެ ކިބައިގައި ފުރިހަމަވާންޖެހޭ އިތުރު ށަރުތުތައް

(ހ) ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ރީ-އިންޓެގްރޭޓް ކުރުމުގެ ގޮތުން ފޮސްޓަރ ކުރާ ފަރާތަކާ ހަވާލުކުރާއިރު، ފޮސްޓަރ ކުރާ ފަރާތުގެ ކިބައިގައި، މި ގަވާއިދުގެ 18 ވަނަ މާއްދާގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވުމުގެ އިތުރުން، އަންނަނިވި ށަރުތުތައް ފުރިހަމަ ވާންވާނެއެވެ.

  1. ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއްގެ މައިންބަފައިން ކަމުގައި ނުވުން، ނުވަތަ ށަރުއާީ ބަލަދުވެރިޔަކު ކަމުގައި ނުވުން، ނުވަތަ އާާއިލާގެ މެންބަރަކު ކަމުގައި ނުވުން؛
  2. ރީ-އިންޓެގްރޭށަން ކޮމިޓީގެ މެންބަރަކު ކަމުގައި ނުވުން، ނުވަތަ މިނިސްޓްރީގެ ސިޔާސީ މަގާމެއްގައި، ނުވަތަ ހިންގުމުގެ މަގާމެއްގައި ހުރި ފަރާތެއް ކަމުގައި ނުވުން، ނުވަތަ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގައި މަސައްކަތްކުރާ ފަރާތެއް ކަމުގައި ނުވުން، ނުވަތަ ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިން އުޅޭ އޯލްޓަނޭޓިވް ކެއަރ ފެސިލިޓީއެއްގައި މަސައްކަތްކުރާ ފަރާތެއް ކަމުގައި ނުވުން. ނުވަތަ އިސްވެ ބުނެވުނު މަގާމަކުން ނުވަތަ މަގާމުގެ މަސައްކަތުން ވަކިވިތާ 3 (ތިނެއް) މަސްދުވަސް ހަމަވެފައިވާ ފަރާތެއް ކަމުގައި ވުން؛ އަދި
  3. ދިވެހިރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތެއް ނަމަ، އެ ފަރާތަކީ، ދިވެހިރާއްޖެއިން ބޭރުގައި ގާއިމުކޮށްފައިވާ ދިވެހިރާއްޖޭގެ އެމްބަސީއެއް، ނުވަތަ ކޮންސިއުލޭޓެއް ހުރި ސިޓީއެއްގައި ދިރިއުޅޭ ފަރާތެއް ކަމުގައި ވުން.

(ށ) ވަގުތީގޮތުން ނުވަތަ ކުއްލި ހާލަތެއްގައި ނަމަވެސް، މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ މަގާމުތަކާއި، ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ ނަމަ، ނުވަތަ މަސައްކަތް ކޮށްފައިވާ ނަމަ، އެ ފަރާތްތަކަށްވެސް، މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އުސޫލު ހިނގާނެއެވެ.

 

22 ވަނަ މާއްދާ - އާާއިލާއަށް ރީ-އިންޓެގްރޭޓްކުރުން

(ހ) ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުއްޖަކު ރީ-އިންޓެގްރޭޓް ކުރުމުގެ ގޮތުން އެ ކުއްޖާގެ އާާއިލާއާ ހަވާލު ކުރެވޭނީ އެ ކުއްޖެއްގެ އުމުރުން އެންމެ މަދުވެގެން 18 (އަށާރަ) އަހަރު ފުރެންދެން އެ ކުއްޖާ ބަލަހައްޓާ ގޮތުގެ މަތިންނެވެ.

(ށ) ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުއްޖަކު ރީ-އިންޓެގްރޭޓް ކުރުމުގެ ގޮތުން އެ ކުއްޖާގެ އާާއިލާއާ ހަވާލުކުރުމުގެ މަސައްކަތް ފަށަންވާނީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ އަމިއްލަ އިސްނެގުމުގެ މަތިންނެވެ.

(ނ) މި މާއްދާގެ (ށ) ގައި ވަކި ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުއްޖެއްގެ އާާއިލާގެ ފަރާތުން އެ ކުއްޖަކު ބެލުމަށްޓަކައި އެ ފަރާތާ ހަވާލުކޮށްދިނުމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގައި އެދުމުން، އެ ކުއްޖަކު ރީ-އިންޓެގްރޭޓް ކުރުމުގެ މަސައްކަތް ފެށުމަށް މި ގަވާއިދުގެ ދަށުން ހުރަހެއް ނެތެވެ.

 

23 ވަނަ މާއްދާ - ފޮސްޓަރ ކޮށްގެން ރީ-އިންޓެގްރޭޓް ކުރުން

(ހ) ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުއްޖަކު ރީ-އިންޓެގްރޭޓް ކުރުމުގެ ގޮތުން އެ ކުއްޖާ ފޮސްޓަރ ކުރުމަށް ހަވާލުކުރެވޭނީ އަންނަނިވި 2 (ދޭއް) ގޮތުން ކުރެ ގޮތަކަށެވެ.

  1. ވަގުތީގޮތުން އެ ކުއްޖާ ބަލަހައްޓާނެ ފަރާތަކާ ފޮސްޓަރ ކުރަން ހަވާލުކުރުން؛ ނުވަތަ
  2. ކުއްޖާގެ ގާނޫނީ ބެލެނިވެރިކަން ފޮސްޓަރ ކޮށްދޭ ފަރާތަށް ބަދަލުކުރުމާއެކު، ކުއްޖާގެ އުމުރުން 18 (އަށާރަ) އަހަރު ފުރެންދެން ކުއްޖާ ބެލެހެއްޓުމަށް ކުއްޖާ ފޮސްޓަރ ކުރަން ހަވާލުކުރުން.

(ށ) މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަސާސީ އުސޫލުތަކަށް ރިއާާޔަތްކޮށް، ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ރީ-އިންޓެގްރޭޓް ކުރުމުގެ ގޮތުން އެ ކުދިން ފޮސްޓަރ ކުރުމަށް ހަވާލުކުރުމުގައި އިސްކަންދޭންވާނީ، މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

(ނ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވަގުތީގޮތުން ފޮސްޓަރ ކުރުމަށް ކުއްޖާ ހަވާލުކުރުމުގައިވެސް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ރީ-އިންޓެގްރޭޓް ކުރުމުގައި އަމަލު ކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަ ކުރަން ވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވަގުތީގޮތުން ފޮސްޓަރ ކުރުމަށް ކުއްޖަކު ހަވާލުކުރާ މުއްދަތު ކަނޑައަޅާނީ ފޮސްޓަރ ކުރާ ފަރާތުގެ މަށްވަރާއާއި އެ ފަރާތުގެ ބަހެއް ހޯދުމަށްފަހު، ރީ-އިންޓެގްރޭށަން ކޮމިޓީންނެވެ.  

(ބ) ވަގުތީގޮތުން ކުއްޖަކު ފޮސްޓަރ ކުރާ ފަރާތާއެކު އެ ކުއްޖާ ދިރިއުޅެމުންދާ ހާލަތު ބަދަލުނުވާހައި ހިނދަކު، އެ ކުއްޖަކު ވަގުތީގޮތުން ފޮސްޓަރ ކުރެވިފައިވާ މުއްދަތަށް ބަދަލެއް ނާންނާނެއެވެ. އަދި ކުއްޖަކު ވަގުތީގޮތުން ފޮސްޓަރ ކުރެވިފައިވާ މުއްދަތަށް ބަދަލެއް ގެންނަން ޖެހިއްޖެ ނަމަ، އެކަން ނިންމާނީ، މި ގަވާއިދުގެ ދަށުން ހަދާ މޮނިޓަރިންގ ޕްލޭނުގެ ދަށުން ލިބޭ މައުލޫމާތުގެ އަލީގައި، ރީ-އިންޓެގްރޭށަން ކޮމިޓީންނެވެ.

 

24 ވަނަ މާއްދާ - ޔަތީމު ކުދިންގެ ތެރެއިން ނުވަތަ މިސްކީނު ކުދިންގެ ތެރެއިން ށަރުއާީ އެއްވެސް ބަލަދުވެރިޔަކު ދުނިޔޭގައި ނެތް ކުދިން ފޮސްޓަރ ކުރުމުގައި ހާއްސަ އުސޫލު ހިނގުން

(ހ) މި ގަވާއިދުގެ 26 ވަނަ މާއްދާގެ (ށ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތުގައިވާ ކުދިން ރީ-އިންޓެގްރޭޓް ކުރުމުގެ ގޮތުން ފޮސްޓަރ ކުރުމަށް ހަވާލުކުރުމުގައި އިސްކަންދޭންވާނީ، މި ގަވާއިދުގެ 23 ވަނަ މާއްދާގެ (ހ) ގެ (2) ނަންބަރުގައިވާ ގޮތުގެ މަތިން ފޮސްޓަރ ކުރުމަށެވެ.

(ށ) މި ގަވާއިދުގެ 23 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ވަކި ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފޮސްޓަރ ކުރެވޭ ކުދިން ފޮސްޓަރ ކުރުން ނިމުމަކަށް އަންނާނީ، އެ ކުދިންގެ އުމުރުން 18 (އަށާރަ) އަހަރު ފުރިހަމަވި ނަމަވެސް، އެ ކުދިންނަށް އަމިއްލައަޔަށް ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމުގެ ގާބިލްކަން ލިބުމުންނެވެ.

 

25 ވަނަ މާއްދާ - ފޮސްޓަރ ކުރުމަށް އެދި ހުށަހެޅުން

(ހ) މި ގަވާއިދުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތްތަކުން ކުރެ ގޮތަކަށް ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުއްޖަކު ފޮސްޓަރ ކުރުމަށް އެދި ހުށަހަޅާނީ، މިނިސްޓްރީން އެކުލަވައިލައިފައިވާ އަދި މިނިސްޓްރީގެ ވެބްސައިޓުގައި ހިމަނައިފައިވާ "ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޮސްޓަރ ކުރުމަށް އެދި ހުށަހަޅާ ފޯމު" އިންނެވެ.

(ށ) ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޮސްޓަރ ކުރުމަށް އެދި ހުށަހަޅާ ފޯމު މިނިސްޓްރީއަށް ލިބުމުން، އެ ހުށަހެޅުންތައް ލިބޭ ތަރުތީބުން، މި ގަވާއިދުގައި ބަޔާންކުރާ ފެމިލީ އެސެސްމަންޓް، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން ހަދައި، ރީ-އިންޓެގްރޭށަން ކޮމިޓީއަށް ހުށަހަޅައި، އެ ކޮމިޓީން ށަރުތު ފުރިހަމަވާކަމަށް ނިންމާ ފަރާތްތައް، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން ދަފުތަރު ކުރަން ވާނެއެވެ. މިގޮތުން، ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ރީ-އިންޓެގްރޭޓް ކުރުމުގެ ގޮތުން ފޮސްޓަރ ކުރުމަށް ހަވާލުކުރެވޭނީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓްކެށަން ސަރވިސްއިން ބަލަހައްޓާ ދަފުތަރުގައި އެ ފަރާތްތައް ހިމެނިފައިވާ ތަރުތީބުންނެވެ.

 

26 ވަނަ މާއްދާ - ރީ-އިންޓެގްރޭޓް ކުރެވޭނެ ކުދިން

(ހ) ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިންގެ ތެރެއިން ރީ-އިންޓެގްރޭޓް ކުރެވޭނީ މި ގަވާއިދުގެ ދަށުން ހަދާ ޗައިލްޑް އެސެސްމަންޓުގެ މައްޗަށް ބިނާކޮށް، ރީ-އިންޓެގްރޭޓް ކުރުމަށް ތައްޔާރުވެފައިވާ ކަމަށް، ރީ-އިންޓެގްރޭށަން ކޮމިޓީން ނިންމާ ކުދިންނެވެ.

(ށ) ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިންގެ ތެރެއިން ފޮސްޓަރ ކޮށްގެން ރީ-އިންޓެގްރޭޓް ކުރެވޭނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތުގެ އިތުރުން، އަންނަނިވި ށަރުތު ފުރިހަމަވާ ކުދިންނެވެ.

  1. ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިންގެ ތެރެއިން، އެ ކުދިންގެ މައިންބަފައިން ނުވަތަ ށަރުއާީ ބަލަދުވެރިން ދުނިޔޭގައި ތިބެމެ، އެ ކުދިން ނުބަލާ ދޫކޮށްލާ ކުދިން، ނުވަތަ ބެލުމަށް އިންކާރު ކޮށްފައިވާ ކުދިން؛
  2. ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިންގެ ތެރެއިން އެއްވެސް ސަބަބަކާހުރެ އެ ކުދިންގެ އާާއިލާއާއެކު ދިރިއުޅެވެން ނެތް ކުދިން؛
  3. ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން އުޅެފައިވާ މުއްދަތުގެ ތެރޭގައި އާާއިލާގެ ފަރާތުން ކުދިންނާ ބައްދަލުނުކޮށް، ހާލު ވެސް ނުބަލައި، އަދި އާާއިލާގެ ފަރާތުން ކުދިންނާ ގުޅުމެއް ނުބާއްވާ ކުދިންކަމަށް ރެކޯޑުތަކުން ފެންނަ ކުދިން؛
  4. ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން އުޅެފައިވާ މުއްދަތުގެ ތެރޭގައި އާާއިލާގެ ފަރާތުން ކުދިންނާ ބައްދަލުކޮށް، ހާލު ވެސް ބަލައި، އަދި އާާއިލާގެ ފަރާތުން ކުދިންނާ ގުޅުން ބޭއްވި ނަމަވެސް، ކުދިން ބެލުމަށް ނުވަތަ ކުދިންނާ ހަވާލުވުމަށް އާާއިލާގެ ހާލަތު ހުރި ގޮތުން އުޒުުރުވެރިވާ އާާއިލާތަކުގެ ކުދިން؛ އަދި
  5. ޔަތީމު ކުދިންގެ ތެރެއިން ނުވަތަ މިސްކީނު ކުދިންގެ ތެރެއިން ށަރުއާީ އެއްވެސް ބަލަދުވެރިޔަކު ދުނިޔޭގައި ނެތި، އަޅައިލާނެ މީހަކު ނެތް ކުދިން.

 

 

ހަތަރުވަނަ ބާބު

ރީ-އިންޓެގްރޭޓް ކުރުމުގެ މަރުހަލާތައް

 

27 ވަނަ މާއްދާ - ރީ-އިންޓެގްރޭޓް ކުރުމުގެ މަރުހަލާތައް

(ހ) ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުއްޖަކު އާާއިލާއާ ހަވާލުކޮށްގެން ނަމަވެސް، ނުވަތަ ފޮސްޓަރ ކޮށްގެން ނަމަވެސް، ރީ-އިންޓެގްރޭޓް ކުރުން ބިނާވެފައިވަނީ އަންނަނިވި މަރުހަލާތަކުގެ މައްޗަށެވެ.

  1. ފުރަތަމަ މަރުހަލާ: އާާއިލާ ހޯދުމާއި، އެސެސްމަންޓް ހެދުމާއި، ކުއްޖާގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތް ނިންމުން؛
  2. ދެވަނަ މަރުހަލާ: ރީ-އިންޓެގްރޭޓް ކުރުމަށް ކުއްޖާއާއި، ކުއްޖާގެ އާާއިލާ ނުވަތަ ފޮސްޓަރކުރާ ފަރާތާއި އަދި ކުއްޖާ ރީ-އިންޓެގްރޭޓް ކުރެވޭ ކޮމިއުނިޓީ ތައްޔާރުކުރުން؛
  3. ތިންވަނަ މަރުހަލާ: ކުއްޖާޔާއެކު ގުޅުން ބަދަހިކުރުމާއި، ކުއްޖާ ހަވާލުކުރުން؛ އަދި
  4. ހަތަރުވަނަ މަރުހަލާ: ރީ-އިންޓެގްރޭޓް ކުރުމަށްފަހު ދޭންޖެހޭ އެހީތެރިކަން ދިނުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮންމެ މަރުހަލާއެއްގައިވެސް ފުރިހަމަ ކުރަންޖެހޭ ކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ހިމެނޭ ގޮތުން، މި މަރުހަލާތަކުގައި އިޖުތިމާއާީ ހިދުމަތްތެރިޔާ އަމަލުކުރަންޖެހޭ އިޖުރާއަތުތައް، ރީ-އިންޓެގްރޭށަން ކޮމިޓީގެ ލަފާގެ މަތިން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން އެކުލަވައިލަން ވާނެއެވެ.

 

28 ވަނަ މާއްދާ - ރީ-އިންޓެގްރޭޓް ކުރުމުގެ ފުރަތަމަ މަރުހަލާ

(ހ) ރީ-އިންޓެގްރޭޓް ކުރުމުގެ ފުރަތަމަ މަރުހަލާގައި ހިމެނެނީ، އަންނަނިވި ކަންކަން ކުރުމެވެ.

  1. ރީ-އިންޓެގްރޭޓް ކުރުމަށް ކުއްޖާ ތައްޔާރުވެފައިވާ މިންވަރު ދެނެގަތުމަށްޓަކައި ޗައިލްޑް އެސެސްމަންޓް ހެދުން؛
  2. ކުއްޖާގެ އާާއިލާ ހޯދުން؛
  3. ކުއްޖާގެ އާާއިލާގެ ނުވަތަ ފޮސްޓަރކުރާ ފަރާތުގެ ފެމިލީ އެސެސްމަންޓް ހެދުން؛
  4. ކޮމިއުނިޓީ އެސެސްމަންޓް ހެދުން؛
  5. ކުއްޖާގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތް ދެނެގަތުމުގެ ރިޕޯޓު ތައްޔާރުކޮށް، އަދި އެ ރިޕޯޓު މެދުވެރިކޮށް އިޖުތިމާއާީ ހިދުމަތްތެރިޔާއަށް ފެންނަ ކަންކަން ރީ-އިންޓެގްރޭށަން ކޮމިޓީއަށް ހުށަހެޅުން؛
  6. ކުއްޖާގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތަށާއި، މި ގަވާއިދުގެ 33 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާާޔަތްކޮށް ކުއްޖާ ރީ-އިންޓެގްރޭޓް ކުރުމާމެދު ރީ-އިންޓެގްރޭށަން ކޮމިޓީން ގޮތެއް ނިންމުން.

(ށ) މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކުރާ ކުއްޖާގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތް ދެނެގަތުމުގެ ރިޕޯޓުގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި މައުލޫމާތު އެނގެން އޮންނަންވާނެއެވެ.

  1. ކުއްޖާގެ ކާކުކަން އަންގައިދޭ މައުލޫމާތު؛
  2. އިންޓަވިއު ކުރެވުނު ފަރާތްތައް؛
  3. އިންޓަވިއު ކުރި އިޖުތިމާއާީ ހިދުމަތްތެރިޔާއަކީ ކޮބައިކަން؛
  4. ކުއްޖާއާއި، ކުއްޖާގެ މައިންބަފައިންނާއި، އާާއިލާއާއި، ފޮސްޓަރކުރާ ފަރާތް ހިމެނޭ ނަމަ، އެ ފަރާތާއި، ކުއްޖާ އެނބުރި ދާ މުޖުތަމައާާބެހޭ މައުލޫމާތާއި، ކުއްޖާއަށް ހުރި ރިސްކުތަކާއި، ކުއްޖާއަށް ހުރި ފުރުސަތުތައް؛
  5. ކުއްޖާ، އެ ކުއްޖާގެ އާާއިލާއާ ވަކިވާންޖެހުނު ސަބަބުތަކާއި، އެކަން މެދުވެރިވި ސަބަބުތައް؛
  6. ކުއްޖާގެ މިހާރުގެ ހާލަތު؛
  7. ކުއްޖާއަށް ހުރި ފުރުސަތުތަކާއި، އެ ކަމާ ބެހޭ ދިރާސާ. މި ބައިގައި ކުއްޖާ ދެކޭ ގޮތާއި، ކުއްޖާގެ ރައްކައުތެރިކަމާއި، ކުއްޖާއާ އާާއިލާއާ ދެމެދު އޮންނަ ގުޅުމާއި، ކުއްޖާ ހެދިބޮޑުވުމަށް ބޭނުންވާ ކަންކަން ފާހަގަކުރުން؛
  8. ރިކޮމެންޑޭށަންތައް؛ އަދި
  9. ރީ-އިންޓެގްރޭށަން ކޮމިޓީގެ ނިންމުމާއި، އެ ނިންމުން ބިނާކުރި ސަބަބުތައް.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ އިތުރުން، މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކުރާ ކުއްޖާގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތް ދެނެގަތުމުގެ ރިޕޯޓުގައި ހިމަނަންވީ މައުލޫމާތާއި އެ ރިޕޯޓު އޮންނަންވީ ގޮތް ކަނޑައަޅާނީ، ބައިނަލްއަގްްވާމީ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިންނެވެ.

(ރ) މި މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގައި ބަޔާންކުރާ ނިންމުން ނިންމުމުގައި، ކުއްޖާ ބެލެހެއްޓުމަށް ހަވާލުކުރަނީ އެ ކުއްޖާގެ އާާއިލާއަށްކަން ނުވަތަ ނޫންކަން، ނުވަތަ ފޮސްޓަރކުރާ ފަރާތަކަށްކަން ނުވަތަ ނޫންކަން، ރީ-އިންޓެގްރޭށަން ކޮމިޓީން ބަޔާން ކުރަން ވާނެއެވެ. އަދި ފޮސްޓަރ ކޮށްގެން ކުއްޖާ ރީ-އިންޓެގްރޭޓް ކުރަން ފެންނަ ކަމަށް ކޮމިޓީން ނިންމާނަމަ، ކުއްޖާ ފޮސްޓަރ ކުރުމަށް ނިންމާ ގޮތަކީ ކޮބައިކަމާއި، ފޮސްޓަރ ކުރަން ހަވާލުކުރަނީ ވަގުތީގޮތުން ނަމަ، ވަގުތީގޮތުން ކުއްޖާ ހަވާލުކުރެވޭ މުއްދަތު ބަޔާން ކުރަން ވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ ފަރާތުން މައްސަލަ ބަލަހައްޓާ އިޖުތިމާއާީ ހިދުމަތްތެރިޔާ ލިޔުމުން ރިކޯޑުކޮށް ބަލަހައްޓަމުން ގެންދަންވާނެއެވެ.

(ޅ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކަންކަން ކުރަންވާނީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ ފަރާތުން މައްސަލަ ބަލަހައްޓާ އިޖުތިމާއާީ ހިދުމަތްތެރިޔާއާއި، އަދި ކަމާބެހޭ ފެމިލީ އެންޑް ޗައިލްޑް ސަރވިސް ސެންޓަރުގެ ދައުރު ހިމެނޭ ހާލަތްތަކުގައި އެ ސެންޓަރުގެ އިޖުތިމާއާީ ހިދުމަތްތެރިޔާ ނުވަތަ ކައުންސިލުގެ އޭޖެންޓާއި އޯލްޓަނޭޓިވް ކެއަރގައި ކުއްޖާ ބަލަހައްޓާ އިޖުތިމާއާީ ހިދުމަތްތެރިޔާއާ ދެމެދު ވިލަރެސްކޮށްގެންނެވެ.

 

29 ވަނަ މާއްދާ - ޗައިލްޑް އެސެސްމަންޓް ހެދުމުގައި އެންމެ މަދުވެގެން ފުރިހަމަވާންޖެހޭ ކަންކަން

(ހ) މި ގަވާއިދުގެ 28 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޗައިލްޑް އެސެސްމަންޓް ހަދަންވާނީ ކުއްޖާއާ އެކަށީގެންވާ އަދި ކުއްޖާއަށް ހަމަޖެހުމާއި ރައްކައުތެރިކަން އިހްސާސްވާ ފަދަ މާހައުލެއްގައެވެ.

(ށ) މި ގަވާއިދުގެ 28 ވަނަ މާއްދާގެ (ހ) (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޗައިލްޑް އެސެސްމަންޓުގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި މައުލޫމާތު އެނގެން ހުންނަންވާނެއެވެ.

  1. ކުއްޖާ ކާމިޔާބުކަމާއެކު ރީ-އިންޓެގްރޭޓް ކުރުމަށް ޓަކައި އެ ކުއްޖާއަށް ބޭނުންވާނެ އެންމެހައި ވަސީލަތްތަކާއި، ކުއްޖާގެ ދުޅަހެޔޮކަމަށާއި ހެދިބޮޑުވުމަށް މުހިންމު ހުރިހާ ދާއިރާތަކެއްގެ މައުލޫމާތު. މީގެ ތެރޭގައި، ކުއްޖާގެ ޖިސްމާނީ، ނަފުސާނީ، އިޖުތިމާއާީ، ބިހޭވިއަރަލް އަދި ކޮގްނިޓިވް  ދުޅަހެޔޮކަމާބެހޭ މައުލޫމާތާއި، ކުއްޖާގެ ތައުލީމާބެހޭ މައުލޫމާތު؛
  2. އާާއިލާއާއެކު ހޭދަކުރި ދުވަސްތައް ކުއްޖާގެ ހަނދާނުގައި ހުންނަ ނަމަ، އެ ދުވަސްވަރާ ބެހޭ ގޮތުން ކުއްޖާ ދެކޭ ގޮތް؛
  3. އާާއިލާގެ މީހުންނާ މެދު ކުއްޖާ ދެކޭ ގޮތާއި، އެ މީހުންނާ މެދު ކުއްޖާއަށް އިހްސާސްވާ ގޮތް. މިގޮތުން، ކުއްޖާއަށް އަޅައިލުމާއި ލޯބި ދިން ފަރާތްތައް ކަމުގައި ކުއްޖާ ދެކޭ ފަރާތްތައް؛
  4. އާާއިލީ މާހައުލުގައި ކުއްޖާއަށް ކަމުނުދާ ކަމަށް ފާހަގަކުރާ ކަންކަން؛
  5. އާާއިލީ މާހައުލުގައި ކުއްޖާ ރަނގަޅުކުރަން ބޭނުންވާ ކަންކަން؛
  6. ކުއްޖާއަށް އާާއިލާއާއެކު އުޅުމުގެ ފުރުސަތު ލިބިއްޖެނަމަ، އެ ކުއްޖާ އާާއިލާއާއެކު އުޅެން ބޭނުންވާކަން ނުވަތަ ނޫންކަން؛
  7. ކުއްޖާ މިހާރު ދިރިއުޅޭ އޯލްޓަނޭޓިވް ކެއަރއިން ބަދަލުވެ، އާާއިލީ މާހައުލެއްގައި އުޅުމުގެ ފުރުސަތު ލިބިއްޖެނަމަ، އެ ކުއްޖާ އެ ފަދަ މާހައުލަކަށް ބަދަލުވާން ބޭނުންވާކަން ނުވަތަ ނޫންކަން؛
  8. ރީ-އިންޓެގްރޭޓް ކުރުމުގެ މަސައްކަތަށް ކުއްޖާގެ ފަރާތުން ގެނެވިދާނެ ސްޓްރެންތްސް؛
  9. ރީ-އިންޓެގްރޭށަން ކާމިޔާބުކުރުމަށް ބޭނުންވާނެ ވަސީލަތްތަކާއި އެހީތެރިކަން.

 

30 ވަނަ މާއްދާ - ކުއްޖާގެ އާާއިލާ ހޯދުން

(ހ) ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުއްޖަކު ރީ-އިންޓެގްރޭޓް ކުރުމުގެ ގޮތުން ކުއްޖާގެ އާާއިލާ ހޯދުމުގެ މަސައްކަތުގައި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ އިޖުތިމާއާީ ހިދުމަތްތެރިޔާއަށް، ފެމިލީ އެންޑް ޗައިލްޑް ސެންޓަރުތަކުގައި ތިބޭ އިޖުތިމާއާީ ހިދުމަތްތެރިންނާއި ކައުންސިލްތަކުގެ އޭޖެންޓުންގެ އެހީތެރިކަން ހޯދިދާނެއެވެ.

(ށ) ކުއްޖާ ބެލެހެއްޓުމާ ހަވާލުވާން ތައްޔާރަށް ތިބި ކުއްޖާގެ އާާއިލާގެ މީހުން ހޯދައި، ކަށަވަރު ކުރެވުމުން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ އިޖުތިމާއާީ ހިދުމަތްތެރިޔާއާއި އޯލްޓަނޭޓިވް ކެއަރގައި ކުއްޖާއާ ހަވާލުވެހުރި އިޖުތިމާއާީ ހިދުމަތްތެރިޔާއާ ދެމެދު ވިލަރެސްކޮށްގެން، ކުއްޖާ ރީ-އިންޓެގްރޭޓް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ގޮތް ރާވަންވާނެއެވެ.

 

31 ވަނަ މާއްދާ - ފެމިލީ އެސެސްމަންޓް ހެދުން

(ހ) މި ގަވާއިދުގެ 28 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފެމިލީ އެސެސްމަންޓުގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި މައުލޫމާތު އެނގެން ހުންނަންވާނެއެވެ.

  1. ކުއްޖާގެ މައިންބަފައިންނާއި، ކުއްޖާ ބަލާނެ ށަރުއާީ ބަލަދުވެރިންނާއި ހަޒާާނަތު ހައްގުވާ ފަރާތްތަކުގެ "ސްޓްރެންތް" އާއި "ވީކްނަސް" ނުވަތަ ފޮސްޓަރކުރާ ފަރާތާއި، އެ ފަރާތާއެކު ދިރިއުޅޭ އާާއިލީ އެހެން މެންބަރުންގެ ސްޓްރެންތް" އަދި "ވީކްނަސް".
  2. ކުއްޖާގެ ސަލާމަތާއި ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރާނެ ކަންކަމާއި، އެ ކަންކަން ރަނގަޅު ކުރުމަށް ޓަކައި ގެންނަންޖެހޭނެ ބަދަލުތައް؛
  3. އެސެސްމަންޓް ހަދަނީ ކުއްޖާގެ އާާއިލާއާބެހޭ ގޮތުން ނަމަ، ކުއްޖާ އާާއިލީ މާހައުލުން ވަކިވާންޖެހުނު ކަމަށް އާާއިލާގެ މެންބަރުން ދެކޭ ސަބަބުތަކާއި، އެ ކަންކަން ހައްލުކުރުމަށް އޮތް ފުރުސަތުތައް؛
  4. ކުއްޖާއާ ހަވާލުވާން ތައްޔާރުވެފައިވާ މިންވަރާއި، ކުއްޖާއާ ހަވާލުވުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ ގާބިލިއްޔަތު ހުރި މިންވަރު؛
  5. ކުއްޖާއަށް ދޭންޖެހޭ އަޅައިލުން ދިނުމުގެ ގާބިލިއްޔަތު ހުރި މިންވަރު؛
  6. ކުއްޖާއަށް އަޅައިލަން ބޭނުންވެފައިވާ/ތައްޔާރުވެފައިވާ މިންވަރު؛
  7. މާލީ ހާލަތު.

(ށ) މި ގަވާއިދުގެ 28 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފެމިލީ އެސެސްމަންޓް ހަދަންވާނީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ އިޖުތިމާއާީ ހިދުމަތްތެރިޔެކެވެ. އަދި ބޭނުންވެއްޖެ ހާލަތެއްގައި، އެ ފަރާތަށް، ކަމާބެހޭ ފެމިލީ އެންޑް ޗައިލްޑް ސަރވިސް ސެންޓަރުގެ އިޖުތިމާއާީ ހިދުމަތްތެރިޔާގެ ނުވަތަ ކައުންސިލުގެ އޭޖެންޓުގެ އެހީތެރިކަން ހޯދިދާނެއެވެ.

(ނ) ކުއްޖާގެ އާާއިލާގެ ނުވަތަ ފޮސްޓަރކުރާ ފަރާތުގެ އެސެސްމަންޓް ހަދާއިރު، އެ ފަރާތްތަކާއެކު ދިރިއުޅޭ އެންމެންގެ ބައިވެރިވުން ހޯދުމަށް މަސައްކަތް ކުރަން ވާނެއެވެ. ވަކިން ހާއްސަކޮށް، އެ ފަރާތްތަކާއެކު ދިރިއުޅޭ ކުޑަކުދިންނާއެކު، އެ ކުދިންނަށް ގެވެށި އަނިޔާ ނުވަތަ ޖިންސީ އަނިޔާ ލިބިފައިވޭތޯ ބެލުމަށް ސުވާލުކުރެވެން އޮތް އެންމެ ފުޅާ މިންވަރަކަށް ސުވާލުކުރެވޭތޯ މަސައްކަތް ކުރަން ވާނެއެވެ. އަދި މި ފަދައިން އެ ކުދިންނާ ސުވާލުކުރުމުގައި، އެ ތަނުން ކުއްޖަކަށް ނުވަތަ ކުދިންނަށް ގެވެށި އަނިޔާ ނުވަތަ ޖިންސީ އަނިޔާގެ އަމަލެއް ރައްދުވެފައިވާ ކަމަށް ބެލެވޭ ނަމަ، ކަމާބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އެ މައްސަލަތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅަންވާނެއެވެ.

 

32 ވަނަ މާއްދާ - ކޮމިއުނިޓީ އެސެސްމަންޓް ހެދުން

(ހ) ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުއްޖަކު ކާމިޔާބު ކަމާއެކު ރީ-އިންޓެގްރޭޓް ކުރުމަށް ޓަކައި، މުޖުތަމައު އަދާކުރާ ދައުރުގެ މުހިންމުކަމަށް ރިއާާޔަތްކޮށް، ކުއްޖާއަށާއި ކުއްޖާގެ އާާއިލާއަށް ނުވަތަ ފޮސްޓަރކުރާ ފަރާތަށް މުޖުތަމައުގެ ފަރާތުން އެހީތެރިކަމާއި އެއްބާރުލުން ލިބެން އޮންނަ މިންވަރު ދެނެގަތުމަށްޓަކައި، މި ގަވާއިދުގެ 28 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކުރާ ކޮމިއުނިޓީ އެސެސްމަންޓް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ އިޖުތިމާއާީ ހިދުމަތްތެރިޔާ ތައްޔާރު ކުރަން ވާނެއެވެ. މިގޮތުން، މި އެސެސްމަންޓް ތައްޔާރު ކުރުމަށް ޓަކައި، ބޭނުންވެއްޖެ ހާލަތެއްގައި، ކަމާބެހޭ ފެމިލީ އެންޑް ޗައިލްޑް ސަރވިސް ސެންޓަރުގެ އިޖުތިމާއާީ ހިދުމަތްތެރިޔާގެ ނުވަތަ ކައުންސިލުގެ އޭޖެންޓުގެ އެހީތެރިކަން ހޯދިދާނެއެވެ.

(ށ) މި ގަވާއިދުގެ 28 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކޮމިއުނިޓީ އެސެސްމަންޓުގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި މައުލޫމާތު އެނގެން ހުންނަންވާނެއެވެ.

  1. މުޖުތަމައުގައި ކުއްޖާއާމެދު ތަފާތުކުރުމުގެ ތަސައްވުރެއް ގެންގުޅެފާނެ ކަމުގެ އިހްތިމާލު އޮތް މިންވަރު؛
  2. ކުއްޖާއާ މެދު ނޭދެވޭ ގޮތަކަށް ދެކެފާނެ ކަމުގެ އިހްތިމާލު އޮތް މިންވަރު؛
  3. ތައުލީމާއި ސިިއްހީ ފަރުވާއާބެހޭ ހިދުމަތްތައް ލިބެން ހުރި މިންވަރު؛
  4. މުޖުތަމައުގައި ކުށްކުރުން އާންމުވެފައިވާ މިންވަރު.

 

33 ވަނަ މާއްދާ - ރީ-އިންޓެގްރޭށަން ކޮމިޓީން ރިއާާޔަތްކުރަންވީ ކަންކަން

މި ގަވާއިދުގެ 28 ވަނަ މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރުމުގައި، އަދި ކުއްޖާ ރީ-އިންޓެގްރޭޓް ވުމަށް ތައްޔާރުވެފައިވާ މިންވަރު ދެނެގަތުމުގައްޔާއި، ކުއްޖާގެ އާާއިލާ ނުވަތަ ފޮސްޓަރކުރާ ފަރާތް ވަޒަންކުރުމުގައި، ރީ-އިންޓެގްރޭށަން ކޮމިޓީން، އަންނަނިވި ކަންކަމަށް ރިއާާޔަތް ކުރަން ވާނެއެވެ.

(ހ) ކުއްޖާއަށް އާާއިލާއާއެކު ނުވަތަ އާާއިލީ މާހައުލެއްގައި ދިރިއުޅުމުގެ މުހިންމުކަން ދޭހަކުރެވިފައިވާ މިންވަރު؛

(ށ) އާާއިލާއާއެކު ނުވަތަ އާާއިލީ މާހައުލެއްގައި ކުއްޖާ ދިރިއުޅެން ބޭނުންވާ މިންވަރު؛

(ނ) އާާއިލާއާއެކު ނުވަތަ އާާއިލީ މާހައުލެއްގައި ދިރިއުޅުމަކީ ކޮބައިކަމާއި، އެ ފަދަ މާހައުލެއްގައި ދިރިއުޅޭއިރު ކުއްޖާގެ ފަރާތުން އުންމީދުކުރާ ކަންކަމަކީ ކޮބައިކަން ކުއްޖާއަށް ދޭހަވެފައިވާ މިންވަރު؛

(ރ) އެފަދަ މާހައުލެއްގައި ކުއްޖާގެ ރައްކައުތެރިކަން ކަށަވަރުކުރެވޭނެ މިންވަރު؛

(ބ) ކުއްޖާ ބެލުމަށް ކުއްޖާގެ އާާއިލާ ނުވަތަ ފޮސްޓަރކުރާ ފަރާތް ތައްޔާރުވެފައިވާ މިންވަރާއި އެކަމަށް ބޭނުންވާ މިންވަރު؛

(ޅ) ކުއްޖާގެ އާާއިލާނަމަ، ދިމާވާ މައްސަލަތައް ހައްލު ކުރުމަށް ޓަކައި  އެ ފަރާތުން ޒިންމާ އުފުލަން ތައްޔާރުވެފައިވާ މިންވަރު؛

(ކ) ކުއްޖާއަށް ކުރިމަތިވި ކަންކަމާއި، އެ ކަންކަމުގެ ސަބަބުން ކުއްޖާގެ ދުޅަހެޔޮކަމަށާއި އުޅުމަށް އަސަރުކޮށްފައިވާ މިންވަރު، ކުއްޖާގެ އާާއިލާއަށް ނުވަތަ ފޮސްޓަރކުރާ ފަރާތަށް ފަހުމުވެ ދޭހަވެފައިވާ މިންވަރު؛

(އ) ކުއްޖާއަށް ސަމާލުކަމާއި އަޅައިލުން ދިނުމުގެ ގާބިލިއްޔަތު ހުރި މިންވަރު؛

(ވ) ކުއްޖާގެ އަސާސީ ބޭނުންތަކަށާއި ހެދިބޮޑުވުމަށްޓަކައި ފޯރުކޮށްދޭންޖެހޭ ކަންކަން ފޯރުކޮށްދިނުމުގެ ގާބިލިއްޔަތު ހުރި މިންވަރު؛

(މ) ކުއްޖާގެ ހައްގުތަކާއި ބޭނުންތަކަކީ ކޮބައިކަން ދެނެގަނެވިފައިވާ މިންވަރު؛ އަދި

(ފ) ކުއްޖާ އުޅޭނެ ތަނެއް ހަމަޖެހިފައިވާކަން ނުވަތަ ނޫންކަން.

 

34 ވަނަ މާއްދާ - ރީ-އިންޓެގްރޭޓް ކުރުމުގެ ދެވަނަ މަރުހަލާ

ރީ-އިންޓެގްރޭޓް ކުރުމުގެ ދެވަނަ މަރުހަލާގައި ހިމެނެނީ އަންނަނިވި ކަންކަން ކުރުމެވެ.

(ހ) ރީ-އިންޓެގްރޭޓް ކުރުމަށް ޓަކައި ކުއްޖާ ތައްޔާރުކުރުން؛

(ށ) ކުއްޖާއާއި ކުއްޖާގެ އާާއިލާ ނުވަތަ ފޮސްޓަރކުރާ ފަރާތާއެކު ރީ-އިންޓެގްރޭށަން ޕްލޭން ތައްޔާރުކުރުން؛

(ނ) އާާއިލާއާއި ކޮމިއުނިޓީ ތައްޔާރު ކުރުމަށް ޓަކައި ބޭނުންވާ ކަންކަން ފާހަގަކުރުން.

 

35 ވަނަ މާއްދާ - ރީ-އިންޓެގްރޭޓް ކުރުމަށް ޓަކައި ކުއްޖާ ތައްޔާރުކުރުން

ރީ-އިންޓެގްރޭޓް ކުރުމަށް ޓަކައި ކުއްޖާ ތައްޔާރުކުރުމުގެ މަސައްކަތް ބެހިގެންދަނީ އަންނަނިވި ކަންކަމުގެ މައްޗަށް ހިމެނޭ މަރުހަލާތަކެއްގެ މައްޗަށެވެ.

(ހ) ކުއްޖާއަށް ރީ-އިންޓެގްރޭޓް ކުރުމާ  ބެހޭ ގޮތުން މައުލޫމާތު ދިނުން. މިގޮތުން އާާއިލާއާބެހޭ ގޮތުން ނުވަތަ ފޮސްޓަރކުރާ ފަރާތާބެހޭ ގޮތުން މައުލޫމާތު ދިނުން.

(ށ) އާާއިލާއާ ނުވަތަ ފޮސްޓަރކުރާ ފަރާތާ ކުއްޖާ ބައްދަލުކުރުމަށް، ކުއްޖާ ތައްޔާރުކުރުން. މިގޮތުން، ކުއްޖާއާ ބައްދަލުކޮށް، ކުއްޖާއާ ގުޅުން ބަދަހިކުރުމަށް ރޭވިފައިވާ ގޮތް ކުއްޖާއަށް ކިޔައިދީ، ކުއްޖާގެ ދިރިއުޅުން ބަދަލުވާ މާހައުލާބެހޭ މައުލޫމާތު ދީ، ކުއްޖާ ބޭނުންވާ މައުލޫމާތު ކުއްޖާއަށް ފޯރުކޮށްދިނުން.

(ނ) ކުއްޖާގެ އަމިއްލަވަންތަކަން ތަރައްގީކުރުމަށާއި ކުރިއެރުވުމަށް އެހީތެރިވުން.

(ރ) ކުއްޖާ ދިރިއުޅެމުންދާ އޯލްޓަނޭޓިވް ކެއަރ ދޫކޮށް ދިޔުމަށް ކުއްޖާ ތައްޔާރުކުރުން.

(ބ) ކުއްޖާ ރީ-އިންޓެގްރޭޓް ކުރާ ފަހުން، ކުއްޖާއަށް ހާދިސާއެއް ކުރިމަތިވެއްޖެ ނަމަ، އެކަން ރިޕޯޓުކޮށް އަންގާނެ ފަރާތެއް ބަޔާންކޮށްދީ، ކުއްޖާއާއެކު ރައްކައުތެރިކަމުގެ ޕްލޭނެއް ރޭވުން.

 

36 ވަނަ މާއްދާ - އިންޓެގްރޭށަން ޕްލޭން ތައްޔާރުކުރުން

(ހ) މި ގަވާއިދުގެ 34 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރީ-އިންޓެގްރޭށަން ޕްލޭން ތައްޔާރުކުރަންވާނީ ކުއްޖާއާއި ކުއްޖާގެ އާާއިލާ ނުވަތަ ފޮސްޓަރކުރާ ފަރާތާއެކު މަށްވަރާކޮށްގެން، އިޖުތިމާއާީ ހިދުމަތްތެރިޔާއެވެ.

(ށ) އިންޓެގްރޭށަން ޕްލޭން ތައްޔާރުކުރުމުގައި ރިއާާޔަތްކުރަންވީ ކަންކަން ތިރީގައި މިވަނީއެވެ.

  1. ކޮންމެ ކުއްޖެއްގެ ކިބައިގައްޔާއި އާާއިލާއެއްގެ ކިބައިގައި ދުޅަހެޔޮ އާާއިލީ މާހައުލެއް ބައްޓަން ކުރުމަށް ޓަކައި ބޭނުންވާނޭ ރަނގަޅު ކަންކަން ނުވަތަ ސިފަތަކެއް ވާކަން ދެނެގަތުން؛
  2. އެކަށީގެންވާ އެހީތެރިކަން ލިބިއްޖެނަމަ، ކުދިންގެ ރައްކައުތެރިކަމާއި ދުޅަހެޔޮކަމާބެހޭ ގޮތުން، ކަމާބެހޭ މައުލޫމާތުގެ އަލީގައި ރަނގަޅު ނިންމުންތަކެއް ނިންމުމުގެ ގާބިލިއްޔަތު އާާއިލާތަކަށާއި ކުޑަކުދިންނަށް ލިބިގެންދާކަން؛
  3. ކުދިންނާބެހޭ ކަންކަމުގައި ގޮތް ނިންމުމުގައި އާާއިލާތަކާއި ކުދިން ބައިވެރިކުރުމުން ހާސިލުކުރަން ބޭނުންވާ ކަންކަމުގެ ނަތީޖާ ރަނގަޅުވެގެންދާކަން؛ އަދި
  4. ކުއްޖާގެ ރައްކައުތެރިކަމާއި ކުއްޖާއާބެހޭ މައުލޫމާތު ސިއްރު ހިފެހެއްޓުމުގެ މުހިންމުކަން.

(ނ) ރީ-އިންޓެގްރޭށަން ޕްލޭނުގައި، އަންނަނިވި މައުލޫމާތު ހިމެނިފައި ހުންނަންވާނެއެވެ.

  1. ރީ-އިންޓެގްރޭޓް ކުރުމުގެ ގޮތުން ކުއްޖާ ހަވާލުކުރާ ފަރާތަށް، އެއީ އާާއިލާ ކަމުގައި ވީނަމަވެސް، ނުވަތަ ފޮސްޓަރކުރާ ފަރާތް ކަމުގައި ވީނަމަވެސް، ބޭނުންވާނެ ހިދުމަތްތަކާއި މުޖުތަމައުގެ ފަރާތުން ބޭނުންވާނެ އެހީތެރިކަން؛ 
  2. ކުއްޖާގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް މުހިންމުވާ ހުރިހާ ބައިތަކާއި، އެކަން ވަޒަންކުރާނެ އިންޑިކޭޓަރުތައް؛ އަދި
  3. އިންޓެގްރޭށަން ޕްލޭނުގައި ބަޔާންކޮށްފައިވާ ކަންކަން އެ ޕްލޭނާ އެއްގޮތަށް ނުދާ ހާލަތުގައި، ނުވަތަ ކުއްޖާއާއި ކުއްޖާގެ އާާއިލާއާ ނުވަތަ ފޮސްޓަރކުރާ ފަރާތާދެމެދު އޮންނަ ގުޅުން ހީނަރުވާ ހާލަތުގައި އަމަލުކުރާނެ ގޮތުގެ ކޮންޓިންޖެންސީ ޕްލޭން.

(ރ) ރީ-އިންޓެގްރޭށަން ޕްލޭން ތައްޔާރުކުރުމަށްފަހު، ރީ-އިންޓެގްރޭށަން ޕްލޭން ފާސްކުރުމަށް، ރީ-އިންޓެގްރޭށަން ކޮމިޓީއަށް ހުށަހަޅަންވާނެއެވެ. ރީ-އިންޓެގްރޭށަން ކޮމިޓީން ފާސްކުރާ ޕްލޭން، ރީ-އިންޓެގްރޭޓް ކުރާ އާާއިލާއާ ނުވަތަ ފޮސްޓަރ ކުރާ ފަރާތާއެކު ހިއްސާ ކުރަން ވާނެއެވެ. އަދި އެ ޕްލޭން އެ ފަރާތާ ހިއްސާކުރިކަން ލިޔުމުން ރިކޯޑުކޮށް، އެ ރިކޯޑު، އިޖުތިމާއާީ ހިދުމަތްތެރިޔާ ބަލަހައްޓަންވާނެއެވެ.

 

37 ވަނަ މާއްދާ - އާާއިލާއާއި ކޮމިއުނިޓީ ތައްޔާރުކުރުން

(ހ) ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުއްޖަކު ރީ-އިންޓެގްރޭޓް ކުރުމުގެ ކުރިން، އެ ކުއްޖާގެ ރީ-އިންޓެގްރޭށަނަށް އަންނަނިވި ފަރާތްތައް ތައްޔާރުކުރުމަކީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ ޒިންމާއެކެވެ.

  1. ކުއްޖާގެ އާާއިލާ؛  ނުވަތަ
  2. ފޮސްޓަރކުރާ ފަރާތް؛ އަދި
  3. އެ ކުއްޖާ އޯލްޓަނޭޓިވް ކެއަރ ދޫކޮށް އެނބުރިދާ މުޖުތަމައު.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތައް ތައްޔާރުކުރުމުގައި އަންނަނިވި ކަންކަން ކުރަންވާނެއެވެ.

  1. ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން، އެ ކުދިންގެ އާާއިލާތަކާ ވަކިވާންޖެހުނުއިރު ދިމާވި ހާދިސާތަކާއި، އެ ކުދިންނަށް ދިމާވެފައިވާ އެހެނިހެން ހާދިސާތަކުގެ ސަބަބުން އެ ކުދިންނާމެދު އާާއިލީ މާހައުލުގައްޔާއި މުޖުތަމައުގައި ގެންގުޅެފާނެ ތަފާތުކުރުންތަކެއް ވޭތޯ ބަލައި، ފޮސްޓަރކުރާ ފަރާތް ހިމެނޭ ގޮތުން، އެ ކުދިން ބެލެހެއްޓުމަށް ހަވާލުކުރެވޭ އާާއިލާއެކު އަދި އެ ކުދިން ރީ-އިންޓެގްރޭޓް ކުރެވޭ މުޖުތަމައުގައި ކުޑަކުދިންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ދޭ ފަރާތްތަކާއެކު ވާހަކަދައްކައި، އެ ކުދިންނާމެދު ގެންގުޅެފާނެ ތަފާތުކުރުމުގެ ވިސްނުންތައް ބަދަލުކޮށް، އެ އެންމެހައި ފަރާތްތަކުން އެ ކުދިން، އެ ކުދިންގެ ގޮތުގައި ބަލައިގަތުމަށް ބާރުއެޅުން؛
  2. ކުއްޖާ ރީ-އިންޓެގްރޭޓް ކުރެވެނީ އެ ކުއްޖާގެ އާާއިލާގެ ކައިރިއަށް ނަމަ، މީގެ ކުރިން އާާއިލާގެ ފަރާތުން ކުއްޖާއާމެދު އިހުމާލު ވެފައިވާ ނަމަ، ނުވަތަ އަނިޔާވެރި ވެފައިވާ ނަމަ، ނުވަތަ އާާއިލާގެ ތެރެއިން ކުއްޖާއަށް ގޯނާއެއް ލިބިފައިވާ ނަމަ، އެ ކަމުގެ ސަބަބުން ކުއްޖާއަށާއި އާާއިލާގެ މީހުންގެ މެދުގައި އޮންނަ ގުޅުމަށް ކޮށްފައިވާ އަސަރު ދެނެގަތުމާއި، ޕޮޒިޓިވް ޕޭރަންޓިންގ އާލާކުރެވޭނެ ގޮތްތައް ދެނެގަނެ، އެ ފަދަ ހުނަރުތައް ދަސްކޮށްދިނުން؛
  3. ކުއްޖާ ބެލެހެއްޓުމަށް ހަވާލުކުރެވޭ ފަރާތުގެ ނަފުސާނީ ދުޅަހެޔޮކަމާއި ޖިސްމާނީ ދުޅަހެޔޮކަން ކަށަވަރުކުރުން؛
  4. ރީ-އިންޓެގްރޭޓް ކުރަނީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއް ނަމަ، އެ ކުއްޖަކާ މުއާާމަލާތް ކުރެވޭނެ ގޮތް އެ ކުއްޖާ ބެލެހެއްޓުން ހަވާލުކުރެވޭ ފަރާތަށާއި އެ ކުއްޖާޔާ އެކުގައި ދިރިއުޅޭނެ ފަރާތްތަކަށް ދަސްކޮށްދިނުން؛
  5. ރީ-އިންޓެގްރޭޓް ކުރަނީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއް ނަމަ، އެ ކުއްޖަކަށް ބޭނުންވާ ހިދުމަތްތަކާއި، ފަސޭހަތައް އެ ކުއްޖާ ދިރިއުޅެން ހަމަޖެހިފައިވާ ރަށުން ލިބޭކަން ކަށަވަރުކުރުމާއި، އެފަދަ ހިދުމަތްތަކަށާއި ފަސޭހަތަކަށް އެންމެ ފަސޭހައިން ވާސިލުވެވެންހުރި ގޮތް ހޯދައި، އެ ކަންކަން، އެ ކުއްޖާ ބެލެހެއްޓުމަށް ހަވާލުކުރެވޭ ފަރާތަށް ބަޔާންކޮށްދިނުން؛
  6. ރީ-އިންޓެގްރޭޓް ކުރުމުގެ ސަބަބުން ކުއްޖާގެ ތައުލީމަށް އަންނާނެ ބަދަލުތައް ރާވައި ޕްލޭންކުރުން. މިގޮތުން ރީ-އިންޓެގްރޭޓް ކުރުމުގެ ސަބަބުން ކުއްޖާ ތައުލީމް ހާސިލު ކުރަމުންދާ ސްކޫލް ބަދަލުވާނަމަ، އެ އިރަކު އެ ކުއްޖާގެ ހުރި ތައުލީމީ ފެންވަރާބެހޭ އެސެސްމަންޓެއް ހެދުމާއި، ތައުލީމާބެހޭ ވުޒާރާ މެދުވެރިކޮށް ކުއްޖާގެ ސްކޫލް ބަދަލުކުރުމުގެ އިންތިޒާމްތައް ހަމަޖައްސައި، ކުއްޖާ ބަދަލުވާ ސްކޫލުގެ ޓީޗަރުންނަށް އެ ކުއްޖާއަށް ބޭނުންވާ ނަފުސާނީ އެހީތެރިކަމާއި އިޖުތިމާއާީ އެހީތެރިކަމަކީ ކޮބައިކަން އެނގޭކަން ކަށަވަރުކުރުން؛
  7. ކުއްޖާ ބެލެހެއްޓުމަށް ޓަކައި ކުއްޖާ ހަވާލުކުރެވޭ ފަރާތަށް ދައުލަތުގެ ފަރާތުން މާލީގޮތުން އެހީތެރިކަން ބޭނުންވާނަމަ، ނުވަތަ ކުއްޖާ ބެލެހެއްޓުމަށް ޓަކައި އެހެން އެހީތެރިކަމެއް ވެސް ބޭނުންވާނަމަ، އެ ކަންކަމަކީ ކޮބައިކަން ދެނެގަތުން؛
  8. ކުއްޖާ ރީ-އިންޓެގްރޭޓް ކުރެވޭ މުޖުތަމައުގައި، މިސާލަކަށް ރަށު ފެންވަރުގައި، މި ގަވާއިދުގައި ބަޔާންކުރާ މޮނިޓަރިންގގެ ޒިންމާ ހަވާލުކުރާނެ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް ދޭންޖެހޭ މައުލޫމާތާއި ތަމްރީނު ދިނުން.

 

39 ވަނަ މާއްދާ - ރީ-އިންޓެގްރޭޓް ކުރުމުގެ ތިންވަނަ މަރުހަލާ

ރީ-އިންޓެގްރޭޓް ކުރުމުގެ ތިންވަނަ މަރުހަލާގައި ހިމެނެނީ އަންނަނިވި ކަންކަން ކުރުމެވެ.

(ހ) ފޮސްޓަރ ކޮށްގެން ރީ-އިންޓެގްރޭޓް ކުރުމަށް ހަމަޖެހިފައިވާނަމަ، ކުއްޖާ ފޮސްޓަރ ކުރަން ހަވާލުކުރުމަށް ކޯޓު އަމުރެއް ހޯދުން؛

(ށ) ކުއްޖާގެ އާާއިލާއާއެކު ނުވަތަ ކުއްޖާ ފޮސްޓަރކުރާ ފަރާތާއެކު ވެވޭ، ކުއްޖާ ބެލެހެއްޓުމާބެހޭ އެއްބަސްވުމުގެ ކަންކަން ހަމަޖެއްސުން؛

(ނ) ކުއްޖާއާއެކު ގުޅުން ބަދަހިކުރުން؛

(ރ) ކުއްޖާގެ އާާއިލާއާ ނުވަތަ ފޮސްޓަރކުރާ ފަރާތާ ކުއްޖާ ހަވާލުކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުން؛

(ބ) ކުއްޖާގެ އާާއިލާއާ ނުވަތަ ފޮސްޓަރކުރާ ފަރާތާ ކުއްޖާ ހަވާލުކުރުން.

 

39 ވަނަ މާއްދާ - ފޮސްޓަރކުރަން ހަވާލުކުރަން ކޯޓު އަމުރެއް ހޯދުން

(ހ) ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 99 ވަނަ މާއްދާގެ (އ) ގައި، އެއްވެސް ކުއްޖަކު ފޮސްޓަރ ކުރުމަށް އެހެން ފަރާތަކާ ހަވާލުކުރަންވާނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ބަޔާންކޮށްފައިވާތީ، ކުއްޖާ ފޮސްޓަރކުރާ ފަރާތާ ހަވާލުކުރުމަށް، ކަމާބެހޭ ކޯޓު އަމުރެއް ލިބިގެން މެނުވީ، މި ގަވާއިދުގެ ދަށުން ކުއްޖަކު ފޮސްޓަރކުރާ ފަރާތަކާ ހަވާލެއް ނުކުރެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ މަގްްސަދަށްޓަކައި، ރީ-އިންޓެގްރޭޓް ކުރުމުގެ ތިންވަނަ މަރުހަލާގައި އެންމެ އިސްކަމެއް ދޭންވާނީ، ފޮސްޓަރކުރަން ހަމަޖެހިފައިވާ ކުއްޖަކު، ފޮސްޓަރކުރާ ފަރާތާ ހަވާލުކުރުމަށްޓަކައި ހޯދަންޖެހޭ ކޯޓު އަމުރު ހޯދުމަށެވެ. މިގޮތުން ކޯޓު އަމުރަކަށް އެދޭއިރު، އަންނަނިވި މައުލޫމާތު، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން ހިމަނަންވާނެއެވެ.

  1. ކުއްޖާ، ފޮސްޓަރކުރާ ފަރާތާ ހަވާލުކުރުމަށް ހަމަޖެހިފައިވަނީ މި ގަވާއިދުގެ 23 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ދެ ގޮތުންކުރެ ކޮން ގޮތަކުން ކަން؛
  2. ކުއްޖާ، ފޮސްޓަރކުރާ ފަރާތާ ހަވާލުކުރުމަށް ހަމަޖެހިފައިވަނީ މި ގަވާއިދުގެ 23 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ނަމަ، ކުއްޖާ ހަވާލުކުރެވޭ މުއްދަތު؛
  3. ކުއްޖާ، ފޮސްޓަރކުރާ ފަރާތާ ހަވާލުކުރުމަށް ހަމަޖެހިފައިވަނީ މި ގަވާއިދުގެ 23 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ނަމަ، ކުއްޖާގެ ގާނޫނީ ބެލެނިވެރިކަން ފޮސްޓަރކުރާ ފަރާތަށް ބަދަލުކުރުމަށް ބޭނުންވާނެ، ކަމާބެހޭ އާންމު މައުލޫމާތާއި ގާނޫނީ މައުލޫމާތު؛
  4. ފޮސްޓަރކުރާ ފަރާތާ ބެހޭ ގޮތުން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން ހަދައިފައިވާ ފެމިލީ އެސެސްމަންޓް؛ އަދި
  5. މި ގަވާއިދުގެ 28 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން ހަދާ، ކުއްޖާގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތް ދެނެގަތުމުގެ ރިޕޯޓު.

(ނ) ފޮސްޓަރކުރާ ފަރާތާއި ކުއްޖާއާ ދެމެދު ގުޅުން ބަދަހިކުރުމާ ބައްދަލުކުރުމުގެ މަރުހަލާތައް ފަށަންވާނީ، އެ ކުއްޖާ ފޮސްޓަރކުރާ ފަރާތާ ހަވާލުކުރުމަށް ހުއްދަ ދޭ ކޯޓު އަމުރެއް ލިބުމުންނެވެ.

 

40 ވަނަ މާއްދާ - ކުއްޖާގެ އާާއިލާއާއެކު ނުވަތަ ފޮސްޓަރކުރާ ފަރާތާއެކު ވެވޭ، ކުއްޖާ ބެލެހެއްޓުމުގެ އެއްބަސްވުން

(ހ) ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުއްޖަކު ރީ-އިންޓެގްރޭޓް ކުރުމުގެ ގޮތުން އެ ކުއްޖާގެ އާާއިލާއާ ނުވަތަ ފޮސްޓަރކުރާ ފަރާތަކާ އެ ކުއްޖާ ހަވާލުކުރަންވާނީ، ކުއްޖާގެ އާާއިލާއާއި، ނުވަތަ ފޮސްޓަރކުރާ ފަރާތާއި މިނިސްޓްރީއާ ދެމެދު، ކުއްޖާ ބެލެހެއްޓުމާބެހޭ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހުގައެވެ.

(ށ) ރީ-އިންޓެގްރޭޓް ކުރުމުގެ ތިންވަނަ މަރުހަލާ ފަށާ ހިސާބުން، މި މާއްދާގެ (ހ) ގައި ބަޔާންކުރާ އެއްބަސްވުން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން އެކުލަވައިލައި، އެ އެއްބަސްވުން، ރީ-އިންޓެގްރޭށަން ކޮމިޓީން ފާސްކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ، ކުއްޖާ ބެލެހެއްޓުމާބެހޭ އެއްބަސްވުމެއްގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި ކަންކަން ހިމަނަންވާއެވެ.

  1. ކުއްޖާއާ ހަވާލުވާ ފަރާތުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް؛
  2. މިނިސްޓްރީގެ ޒިންމާތައް؛
  3. ކުއްޖާއާ ހަވާލުވާ ފަރާތުގެ ޒިންމާ އަދާކުރުމަށްޓަކައި މިނިސްޓްރީގެ ފަރާތުން ދެވޭނެ އެހީތެރިކަން؛
  4. ކުއްޖާގެ ރައްކައުތެރިކަމަށާއި ދުޅަހެޔޮކަމަށާއި ހެދިބޮޑުވުމަށް ރިއާާޔަތްކޮށް، ވަކި ހާއްސަ ށަރުތުތަކެއް، ކުއްޖާއާ ހަވާލުވާ ފަރާތުގެ މައްޗަށް އިލްތިޒާމް ކުރާ ނަމަ،   އެ ށަރުތުތައް؛
  5. ކުއްޖާއާ ހަވާލުވުމަށްފަހު، މި ގަވާއިދުގައި ބަޔާންކޮށްފައިވާ މޮނިޓަރކުރުމުގެ ފިޔަވަޅުތަކަށް،  ކުއްޖާއާ ހަވާލުވާ ފަރާތުން  އެއްބާރުލުން ދޭންވާނެ ކަމާއި، މިނިސްޓްރީގެ ފަރާތުން އަޅާނެ މޮނިޓަރިންގ ފިޔަވަޅުތަކުގެ ތަފުސީލު؛
  6. މައްސަލައެއް ދިމާވެއްޖެނަމަ، އެ މައްސަލައެއް ހައްލުކުރާނެ ގޮތް؛ އަދި
  7. ކުއްޖާއާ ހަވާލުވާ ފަރާތުން ކުއްޖާއާމެދު އިހުމާލުވާ ހާލަތެއްގައި، ކުއްޖާ ރައްކައުތެރި ކުރުމަށް އަޅާނެ ފިޔަވަޅުތަކާއި، ކުއްޖާއާ ހަވާލުވާ ފަރާތާމެދު އަޅާނެ ފިޔަވަޅުތައް.

(ރ) ކުއްޖާ ބެލެހެއްޓުމާބެހޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން، އަންނަނިވި ކަންކަން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން ކަށަވަރު ކުރަން ވާނެއެވެ.

  1. އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަން ކުއްޖާއާ ހަވާލުވާ ފަރާތަށް ރަނގަޅަށް އޮޅުންފިލައި، ސާފުވެ، ފަހުމުވެފައިވާކަން؛
  2. އެއްބަސްވުމުގެ ދަށުން އެ ފަރާތުން އަދާކުރަންޖެހޭ އިލްތިޒާމްތަކާއި، އެ އިލްތިޒާމްތައް އަދާނުކޮށްފިނަމަ، ކުރިމަތިވާނޭ ނަތީޖާތައް، ކުއްޖާއާ ހަވާލުވާ ފަރާތަށް ރަނގަޅަށް އޮޅުންފިލައި، ސާފުވެ، ފަހުމުވެފައިވާކަން؛
  3. ކުއްޖާގެ ހައްގުތަކާއި ކުއްޖާއަށް އަދާކޮށްދޭންޖެހޭ ވާޖިބުތައް، ކުއްޖާއާ ހަވާލުވާ ފަރާތަށް ދެނެގަނެވި ފަހުމުވެފައިވާކަން؛ އަދި
  4. ފޮސްޓަރކުރާ ފަރާތަށް ކުއްޖާ ފޮސްޓަރ ކުރުމަށް ހުއްދަ ދޭ، ކަމާބެހޭ ކޯޓު އަމުރެއް ލިބިފައިވާކަން.

 

41 ވަނަ މާއްދާ - ކުއްޖާއާއެކު ގުޅުން ބަދަހިކުރުން

(ހ) ކުއްޖާގެ އާާއިލާގެ ފަރާތުން ނުވަތަ ފޮސްޓަރކުރާ ފަރާތުން ކުއްޖާއާއެކު ގުޅުން ބަދަހިކޮށް، އެ ކުއްޖާއާއެކު ގުޅުމެއް އުފެއްދުމަށް ޓަކައި، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން އެކަށީގެންވާ މުއްދަތެއް ދޭންވާނެއެވެ.
 
 
(ށ) ކުއްޖާގެ އާާއިލާއަށް ނުވަތަ ފޮސްޓަރކުރާ ފަރާތަށް ކުއްޖާއާއެކު ގުޅުން ބަދަހިކުރުމަށް ފުރުސަތު ދިނުމުގައި މައްސަލަ ބަލާ އިޖުތިމާއާީ ހިދުމަތްތެރިޔާ އަންނަނިވި ކަންކަމަށް ރިއާާޔަތް ކުރަން ވާނެއެވެ.

  1. ކުއްޖާއާ މުއާާމަލާތްކޮށް ގުޅުން އުފެއްދުމުގައި، ކުއްޖާގެ ބޭނުންތަކަށާއި، ކުއްޖާ އެ ގުޅުން ކުރިޔަށް ގެންދަން ބޭނުންވާ ހަލުއި މިން؛
  2. ކުއްޖާއާ މުއާާމަލާތް ކުރެވޭނެ ގޮތް ހަމަޖައްސައިދިނުމުގައި، އެންމެ ފުރަތަމަ، ފޯނު، ނުވަތަ ސިޓީ، ނުވަތަ އީ-މެއިލް، ނުވަތަ ވީޑިއޯ މެސެޖު ފަދަ ރިމޯޓު ވަސީލަތްތައް މެދުވެރިކޮށް ކުއްޖާއާ މުއާާމަލާތު ކުރުމުގެ ފުރުސަތު ހޯދައިދިނުން؛
  3. ކުއްޖާއާ ބައްދަލުކޮށްގެން މުއާާމަލާތު ކުރުމުގެ ފުރުސަތު ހަމަޖައްސައިދިނުމުގައި، އެންމެ ފުރަތަމަ، ކުއްޖާ ދިރިއުޅޭ އޯލްޓަނޭޓިވް ކެއަރގައި ކުއްޖާއާއެކު ބޭއްވޭ ކުރު އަދި ސުޕަވައިޒް ކުރެވޭ ބައްދަލުވުންތަކެއް މެދުވެރިކޮށް ބައްދަލުކުރެވޭނޭ ގޮތް ހަމަޖައްސައިދިނުން؛
  4. ކުއްޖާއަށް އާާއިލީ މާހައުލު ނުވަތަ ފޮސްޓަރކުރާ ފަރާތް ދިރިއުޅޭ މާހައުލު ރައްކައުތެރި ނަމަ، ކުއްޖާއާއެކު އެ މާހައުލުގައި، ސުޕަވިޒަަނާއެކު، ބައްދަލުކުރެވޭނޭ އިންތިޒާމް ހަމަޖައްސައިދިނުން؛
  5. މި އަކުރުގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ބައްދަލުވުންތަކުގެ އަލީގައި، ސުޕަވިޒަަނާ ނުލައި އާާއިލާ ދިރިއުޅޭ ގޭގައި ނުވަތަ ފޮސްޓަރކުރާ ފަރާތް ދިރިއުޅޭ ގޭގައި ކުއްޖާއާއެކު ބައްދަލުވުންތައް ބޭއްވުމަށް ކުއްޖާއާއި، އާާއިލާ ނުވަތަ ފޮސްޓަރކުރާ ފަރާތް ތައްޔާރުކަމަށް އިޖުތިމާއާީ ހިދުމަތްތެރިޔާއަށް ގަބޫލު ކުރެވޭ ނަމަ، އެ ފަދަ ބައްދަލުވުމަކަށް ފުރުސަތު ދިނުން.

(ނ) ކުއްޖާގެ އާާއިލާއިން ނުވަތަ ފޮސްޓަރކުރާ ފަރާތުން ކުއްޖާއާ މުއާާމަލާތްކުރާ ކޮންމެ ފަހަރެއްގައި ދެކެވޭ ވާހަކަތަކާއި ކުއްޖާއާ މުއާާމަލާތްކުރަން ބޭނުންކުރި ގޮތާއި، އެކަން ހިނގައިދިޔަ ތާރީހާއި ގަޑި އެނގޭނޭ ގޮތަށް، އިޖުތިމާއާީ ހިދުމަތްތެރިޔާ، އެ ރިކޯޑު ބަލަހައްޓަންވާނެއެވެ.

 

42 ވަނަ މާއްދާ - އާާއިލާއާ ނުވަތަ ފޮސްޓަރކުރާ ފަރާތާ ކުއްޖާ ހަވާލުކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ކަންކަން

(ހ) ކުއްޖާގެ އާާއިލާއާ ނުވަތަ ފޮސްޓަރކުރާ ފަރާތާ ކުއްޖާ ހަވާލުކުރުމުގެ ކުރިން، އަންނަނިވި ކަންކަން ފުރިހަމަކުރުމަކީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ ޒިންމާއެކެވެ.

  1. މި މާއްދާގެ (ށ) އާ އެއްގޮތްވާ ގޮތުގެ މަތިން ކުއްޖާއަށް އާާއިލާގެ ފަރާތުން، ނުވަތަ ފޮސްޓަރކުރާ ފަރާތުގެ ފަރާތުން ފޯރުކޮށްދޭންޖެހޭ މައުލޫމާތު ފޯރުކޮށްދިނުން؛
  2. މި މާއްދާގެ (ށ) އާ އެއްގޮތްވާ ގޮތުގެ މަތިން ކުއްޖާއަށް އިޖުތިމާއާީ ހިދުމަތްތެރިޔާގެ ފަރާތުން ފޯރުކޮށްދޭންޖެހޭ މައުލޫމާތު ފޯރުކޮށްދިނުން؛
  3. މި މާއްދާގެ (ނ) އާ އެއްގޮތްވާ ގޮތުގެ މަތިން އާާއިލާއަށް ނުވަތަ ފޮސްޓަރކުރާ ފަރާތަށް ކުއްޖާގެ ފަރާތުން ފޯރުކޮށްދޭންޖެހޭ މައުލޫމާތު ފޯރުކޮށްދިނުން؛
  4. މި މާއްދާގެ (ނ) އާ އެއްގޮތްވާ ގޮތުގެ މަތިން އާާއިލާއަށް ނުވަތަ ފޮސްޓަރކުރާ ފަރާތަށް އިޖުތިމާއާީ ހިދުމަތްތެރިޔާގެ ފަރާތުން ފޯރުކޮށްދޭންޖެހޭ މައުލޫމާތު ފޯރުކޮށްދިނުން؛
  5. ކުއްޖާގެ ފުރިހަމަ މެޑިކަލް ޗެކްއަޕެއް ހެދުން؛ އަދި
  6. އޯލްޓަނޭޓިވް ކެއަރ ދޫކޮށްދާއިރު، ކުއްޖާ ބޭނުންވާ ގޮތަކަށް އެ ކަމުގެ އިންތިޒާމް ހަމަޖައްސައިދެވޭތޯ ބެލުން.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ ތެރޭގައި ހިމެނޭ ކަންކަން ނިންމާނީ، ބައިނަލްއަގްްވާމީ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިން، ރީ-އިންޓެގްރޭށަން ކޮމިޓީންނެވެ.

(ނ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާއި (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ ތެރޭގައި ހިމެނޭ ކަންކަން ނިންމާނީ، ބައިނަލްއަގްްވާމީ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިން، ރީ-އިންޓެގްރޭށަން ކޮމިޓީންނެވެ.

 

43 ވަނަ މާއްދާ - އާާއިލާއާ ނުވަތަ ފޮސްޓަރކުރާ ފަރާތާ ކުއްޖާ ހަވާލުކުރުން

(ހ) ކުއްޖާގެ އާާއިލާއާ ނުވަތަ ފޮސްޓަރކުރާ ފަރާތާ ކުއްޖާ ހަވާލުކުރާނެ ތާރީހުު ކަނޑައަޅަންވާނީ، މި ގަވާއިދުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ އިންޓެގްރޭށަން ޕްލޭން ތައްޔާރުކުރާ މަރުހަލާގައެވެ. އަދި އެއްވެސް ސަބަބަކާހުރެ މި ތާރީހަށް ބަދަލެއް ގެންނަންޖެހޭކަމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއަށް ފާހަގަކުރެވިއްޖެ ނަމަ، އެ ކަން ކުރަންވާނީ ކުއްޖާގެ އާާއިލާގެ ނުވަތަ ފޮސްޓަރކުރާ ފަރާތުގެ ބަހެއް ހޯދުމަށްފަހު، ރީ-އިންޓެގްރޭށަން ކޮމިޓީގެ ލަފާގެ މަތިންނެވެ.

(ށ) ކުއްޖާގެ އާާއިލާއާ ނުވަތަ ފޮސްޓަރކުރާ ފަރާތާ ކުއްޖާ ހަވާލުކުރަންވާނީ، އެ ކަމަށް ޓަކައި މިނިސްޓްރީގެ ކަމާބެހޭ އިސްވެރިއެއްގެ ހުއްދަ ލިބުމަށްފަހުގައެވެ.

(ނ) އޯލްޓަނޭޓިވް ކެއަރ ދޫކޮށް، ކުއްޖާގެ އާާއިލާގެ ގާތަށް ނުވަތަ ފޮސްޓަރކުރާ ފަރާތުގެ ގާތަށް ކުއްޖާ ގެންދަންވާނީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ ކަމާބެހޭ އިޖުތިމާއާީ ހިދުމަތްތެރިޔާއެވެ.

(ރ) ކުއްޖާގެ އާާއިލާއާ ނުވަތަ ފޮސްޓަރކުރާ ފަރާތާ ކުއްޖާ ހަވާލުކުރާއިރު، ކުއްޖާއާބެހޭ މުހިންމު ލިޔެކިޔުންތައްވެސް، އިޖުތިމާއާީ ހިދުމަތްތެރިޔާ ހަވާލު ކުރަން ވާނެއެވެ.

(ބ) ކުއްޖާގެ އާާއިލާއާ ނުވަތަ ފޮސްޓަރކުރާ ފަރާތާ ކުއްޖާ ހަވާލުކުރާއިރު، މި ގަވާއިދުގެ ދަށުން އެކުލަވައިލާ މޮނިޓަރިންގ ޕްލޭން، ކުއްޖާއަށާއި އެ ކުއްޖާގެ އާާއިލާއަށް، ނުވަތަ ފޮސްޓަރކުރާ ފަރާތަށް ކިޔައިދީ، އެ ޕްލޭން ފަހުމުވެއްޖެކަން ކަށަވަރު ކުރަން ވާނެއެވެ.

(ޅ) ކުއްޖާގެ އާާއިލާއާ ނުވަތަ ފޮސްޓަރކުރާ ފަރާތާ ކުއްޖާ ހަވާލުކޮށް، ކުއްޖާއާ އެ މާހައުލުން އިޖުތިމާއާީ ހިދުމަތްތެރިޔާ ވަކިވުމުގެ ކުރިން ކުއްޖާއާއެކު ތައްޔާރުކޮށްފައިވާ ރައްކައުތެރިކަމުގެ ޕްލޭން ކުއްޖާގެ ހަނދާނުގައި ހުރިތޯ ކަށަވަރުކޮށް، އެ ޕްލޭން، ކުއްޖާއަށް އަލުން ކިޔައިދޭންވާނެއެވެ.

(ކ) ކުއްޖާގެ އާާއިލާއާ ނުވަތަ ފޮސްޓަރކުރާ ފަރާތާ ކުއްޖާ ހަވާލުކޮށް، ރަށެއްގައި ނަމަ، އެ ރަށުގައި ކުއްޖާއަށް ބޭނުންވާ އަސާސީ ހިދުމަތްދޭ ފަރާތްތައް ތައްޔާރުވެފައިވާ މިންވަރު ބަލައި، މި ގަވާއިދުގައި ބަޔާންކުރާ މޮނިޓަރިންގ ޕްލޭނުގެ ކަންކަން ބަލަހައްޓާ ފަރާތްތަކާ އިޖުތިމާއާީ ހިދުމަތްތެރިޔާ ތައާާރަފުވެ، އެ ފަރާތްތަކުން ކުރަންޖެހޭ ކަންކަން އެ ފަރާތްތަކަށް އޮޅުންފިލުވައިދޭން ވާނެއެވެ.

 

44 ވަނަ މާއްދާ - ރީ-އިންޓެގްރޭޓް ކުރުމުގެ ހަތަރުވަނަ މަރުހަލާ

(ހ) ރީ-އިންޓެގްރޭޓް ކުރުމުގެ ހަތަރުވަނަ މަރުހަލާގައި ހިމެނެނީ، މޮނިޓަރކުރުމާއި، ކުއްޖާއަށާއި އާާއިލާއަށް ނުވަތަ ފޮސްޓަރކުރާ ފަރާތަށް ދޭންޖެހޭ އިތުރު އެހީތެރިކަން ދެނެގަނެ، އެ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
 
 
(ށ) މި ގަވާއިދުގެ 37 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން ކޮމިއުނިޓީ ތައްޔާރުކުރުމުގައި ލިބޭ މައުލޫމާތުގެ އަލީގައި، އަންނަނިވި ކަންކަން ހިމެނޭ ގޮތުން މޮނިޓަރިންގ ޕްލޭނެއް، އިޖުތިމާއާީ ހިދުމަތްތެރިޔާ ތައްޔާރުކޮށް، ރީ-އިންޓެގްރޭށަން ކޮމިޓީއަށް އެ ޕްލޭން ހުށަހަޅައި، އެ ކޮމިޓީން އެ ޕްލޭން ފާސްކުރަންވާނެއެވެ.

  1. ކުއްޖާގެ ހާލަތު މޮނިޓަރ ކުރުމުގެ ގޮތުން އަޅާނެ ފިޔަވަޅުތައް؛
  2. ކުއްޖާގެ ހާލަތު، ރަށު ފެންވަރުގައި މޮނިޓަރ ކުރަމުންދާނެ ފަރާތްތައް؛
  3. ކުއްޖާގެ ހާލަތު މޮނިޓަރ ކުރަމުން ގެންދާނެ މުއްދަތު؛ އަދި
  4. ކުއްޖާގެ އާާއިލާއަށް ނުވަތަ ފޮސްޓަރކުރާ ފަރާތަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމުގައި ރަށު ފެންވަރުގައި ވިލަރެސްކުރާނެ ފަރާތް ނުވަތަ ފަރާތްތައް.

(ނ) މި މާއްދާގެ (ށ) އާ އެއްގޮތްވާ ގޮތުގެ މަތިން ރީ-އިންޓެގްރޭށަން ކޮމިޓީން މޮނިޓަރިންގ ޕްލޭން ފާސްކުރުމުން، މޮނިޓަރިންގ ޕްލޭން ތަންފީޒުު ކުރުމަށް ޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަކީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ ޒިންމާއެކެވެ.

 

45 ވަނަ މާއްދާ - މޮނިޓަރިންގ ފިޔަވަޅުތައް

(ހ) ތިރީގައި މިވަނީ ކުއްޖާގެ ހާލަތު މޮނިޓަރކުރުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކެވެ.

  1. އިޖުތިމާއާީ ހިދުމަތްތެރިޔާ ނުވަތަ ރީ-އިންޓެގްރޭށަން ކޮމިޓީން ކަނޑައަޅާ ފަރާތަކުން ފޯނު މެދުވެރިކޮށް ކުއްޖާއަށް ގުޅައިގެން ކުއްޖާގެ ހާލު ބެލުން؛
  2. އިޖުތިމާއާީ ހިދުމަތްތެރިޔާ ނުވަތަ ރީ-އިންޓެގްރޭށަން ކޮމިޓީން ކަނޑައަޅާ ފަރާތަކުން ފޯނު މެދުވެރިކޮށް ކުއްޖާގެ އާާއިލާއަށް ނުވަތަ ފޮސްޓަރކުރާ ފަރާތަށް ގުޅައިގެން ކުއްޖާގެ ހާލު ބެލުން؛
  3. އިޖުތިމާއާީ ހިދުމަތްތެރިޔާ ނުވަތަ ރީ-އިންޓެގްރޭށަން ކޮމިޓީން ކަނޑައަޅާ ފަރާތަކުން ކުއްޖާގެ ގެއަށް ހޯމް ވިޒިޓްކުރުން؛
  4. އިޖުތިމާއާީ ހިދުމަތްތެރިޔާ ނުވަތަ ރީ-އިންޓެގްރޭށަން ކޮމިޓީން ކަނޑައަޅާ ފަރާތަކުން ކުއްޖާއަށް ކިޔަވައިދޭ ޓީޗަރު ނުވަތަ ސްކޫލުގެ ފަރާތުން ގަވާއިދުން ކުއްޖާއާބެހޭ މައުލޫމާތު ހޯދުން؛
  5. ކުއްޖާގެ އާާއިލާގެ ނުވަތަ ފޮސްޓަރކުރާ ފަރާތުގެ ހާލަތާބެހޭ މައުލޫމާތު، އިޖުތިމާއާީ ހިދުމަތްތެރިޔާ ނުވަތަ ރީ-އިންޓެގްރޭށަން ކޮމިޓީން ކަނޑައަޅާ ފަރާތެއް މެދުވެރިކޮށް  ހޯދުން.

(ށ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މޮނިޓަރިންގ ފިޔަވަޅަކީ، ރީ-އިންޓެގްރޭޓް ކުރެވޭ ކޮންމެ ކުއްޖަކާ ގުޅިގެން، އަންނަނިވި ގޮތުގެ މަތިން އަޅަމުން ގެންދަންވާނެ ފިޔަވަޅެކެވެ.

  1. ކުއްޖާ ރީ-އިންޓެގްރޭޓް ކުރެވޭ ފުރަތަމަ ހަތަރު ހަފުތާގެ ތެރޭގައި، ކޮންމެ ހަފުތާއަކު 1 (އެކެއް) ފަހަރު ހޯމް ވިޒިޓްކުރުން؛
  2. އެއަށްފަހު، ވިދިގެން އަންނަ 12 (ބާރަ) ހަފުތާގެ މުއްދަތަށް، ކޮންމެ 2 (ދޭއް) ހަފުތާއިން 1 (އެކެއް) ހަފުތާއަކު ހޯމް ވިޒިޓްކުރުން؛
  3. އެއަށްފަހު، މޮނިޓަރިންގ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން މަހަކު 1 (އެކެއް) ފަހަރު، ނުވަތަ މަހަކު 2 (ދޭއް) ފަހަރު ހޯމް ވިޒިޓްކުރުން.

(ނ) މި މާއްދާގެ ދަށުން އަޅަމުންދާ މޮނިޓަރިންގ ފިޔަވަޅުތަކާބެހޭ މައުލޫމާތު، އިޖުތިމާއާީ ހިދުމަތްތެރިޔާ ނުވަތަ ރީ-އިންޓެގްރޭށަން ކޮމިޓީން ކަނޑައަޅާ ފަރާތުން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން އަންގާ ގޮތެއްގެ މަތިން ލިޔުމުން ރިކޯޑުކޮށް ބަލަހައްޓަމުން ގެންދަންވާނެއެވެ. އަދި ގަވާއިދުން އެ މައުލޫމާތު، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއަށާއި ކަމާބެހޭ ފެމިލީ އެންޑް ޗައިލްޑް ސެންޓަރާ ހިއްސާ ކުރަމުން ގެންދަން ވާނެއެވެ.

 

46 ވަނަ މާއްދާ - މޮނިޓަރ ކުރަމުންދާ ގޮތުގެ މައުލޫމާތު، ރީ-އިންޓެގްރޭށަން ކޮމިޓީއަށް ހުށަހެޅުން

(ހ) މޮނިޓަރިންގ ޕްލޭނުގެ ދަށުން ހޯދާ މައުލޫމާތު، އެންމެ މަދުވެގެން ކޮންމެ 3 (ތިނެއް) މަހުން 1 (އެކެއް) މަހު، ރީ-އިންޓެގްރޭށަން ކޮމިޓީއަށް ހުށަހަޅަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ރީ-އިންޓެގްރޭށަން ކޮމިޓީއާ ހިއްސާކުރާ މައުލޫމާތުގެ އަލީގައި މޮނިޓަރިންގ ޕްލޭނަށް އިސްލާހެެއް ގެންނަން ޖެހޭނަމަ، ކުއްޖާގެ މަސްލަހަތަށް ރިއާާޔަތްކޮށް، ކުއްޖާއާ އެންމެ ގާތުން މޮނިޓަރިންގ ޕްލޭން ތަންފީޒުު ކުރަމުންދާ ފަރާތުގެ ކިބައިން ހޯދަންޖެހޭ މައުލޫމާތު ހޯދުމަށްފަހު، އެ ޕްލޭނަށް ބަދަލު ގެނައުމުގެ އިހްތިޔާރު، ރީ-އިންޓެގްރޭށަން ކޮމިޓީއަށް ލިބިގެންވެއެވެ.

 

47 ވަނަ މާއްދާ - ކުއްޖާއާއި އާާއިލާއާ ދެމެދު ނުވަތަ ފޮސްޓަރކުރާ ފަރާތާ ދެމެދު ގުޅުން ހީނަރުވާ ހާލަތުގައި އަމަލުކުރަންޖެހޭ ގޮތް

(ހ) ކުއްޖާއާއި އެ ކުއްޖާގެ އާާއިލާއާ ދެމެދު ނުވަތަ ފޮސްޓަރކުރާ ފަރާތާ ދެމެދު އޮންނަ ގުޅުން ހީނަރުވަމުންދާ ކަމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއަށް ފާހަގަވެއްޖެ ނަމަ، އެކަން ހައްލުކުރަން ފުރަތަމަ މަސައްކަތް ކުރަން ވާނީ މި ގަވާއިދުގެ 36 ވަނަ މާއްދާގެ   (ނ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކޮންޓިންޖެންސީ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މަސައްކަތް ކުރުމަށް ފަހުގައި ވެސް، ކުއްޖާއާއި އާާއިލާއާ ދެމެދު ނުވަތަ ފޮސްޓަރކުރާ ފަރާތާ ދެމެދު އޮންނަ ގުޅުން ރަނގަޅުނުވެ، އިތުރަށް ހީނަރުވަމުންދާކަމަށް ފާހަގަކުރެވޭނަމަ، އެކަން ރީ-އިންޓެގްރޭށަން ކޮމިޓީގެ ސަމާލުކަމަށް ގެނެސް، އެކަމާ ގުޅޭ ގޮތުން ދެން އަޅަންޖެހޭ ފިޔަވަޅުތައް ނިންމާނީ ރީ-އިންޓެގްރޭށަން ކޮމިޓީންނެވެ.

(ނ) ކުއްޖާއާއި އާާއިލާއާ ދެމެދު ނުވަތަ ފޮސްޓަރކުރާ ފަރާތާ ދެމެދު އޮންނަ ގުޅުން ހީނަރުވެގެންދިޔުމުގެ ސަބަބުން ރީ-އިންޓެގްރޭށަންގެ މަގްްސަދު ގެއްލިފައިވާކަމަށް ރީ-އިންޓެގްރޭށަން ކޮމިޓީއަށް ފެނިގެން، ކުއްޖާގެ އާާއިލާއާ ނުވަތަ ފޮސްޓަރކުރާ ފަރާތާ ކުއްޖާ ވަކިކުރަން ރީ-އިންޓެގްރޭށަން ކޮމިޓީން ނިންމާ ހާލަތުގައި، އެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމާމެދު އަމަލުކުރަންވާނީ ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

(ރ) ރީ-އިންޓެގްރޭޓް ކުރެވުނު ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް އަނބުރާ ގެނެވޭ ހާލަތުގައި، އެ ކުއްޖާ އޯލްޓަނޭޓިވް ކެއަރގައި ބެހެއްޓުމަށް ނިންމައިފިނަމަ، އެ ކުއްޖާ އަލުން ރީ-އިންޓެގްރޭޓް ކުރުމުގެ މަސައްކަތް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން ފަށަންވާނެއެވެ.

 

 

ފަސްވަނަ ބާބު

އެހެނިހެން މާއްދާތައް

 

48 ވަނަ މާއްދާ - ކުއްޖާ ބެލެހެއްޓުމަށް ހަވާލުކުރެވޭ ފަރާތުގެ ޒިންމާ

(ހ) ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުއްޖަކު ރީ-އިންޓެގްރޭޓް ކުރުމުގެ ގޮތުން އެ ކުއްޖާ ބެލެހެއްޓުމަށް އެ ކުއްޖާގެ މައިންބަފައިންނާ ނުވަތަ މަންމަޔާ ނުވަތަ ބައްޕަޔާ ހަވާލުކުރެވޭ ހާލަތުގައި، އެ ފަރާތުގެ ނުވަތަ އެ ފަރާތްތަކުގެ މައްޗަށް، ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ ދަށުން ކުއްޖާ ބެލެހެއްޓުމާއި ތަރުބިއްޔަތުކުރުމާ ގުޅޭ ގޮތުން މަތިކޮށްފައިވާ އެންމެހައި ޒިންމާތައް ހިނގާނެއެވެ.

(ށ) ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުއްޖަކު ރީ-އިންޓެގްރޭޓް ކުރުމުގެ ގޮތުން އެ ކުއްޖާ ބެލެހެއްޓުމަށް އެ ކުއްޖާގެ މައިންބަފައިން ފިޔަވައި، އާާއިލާގެ އެހެން ފަރާތަކާ ނުވަތަ ފޮސްޓަރކުރާ ފަރާތަކާ ހަވާލުކުރެވޭ ހާލަތުގައި، ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ ދަށުން ކުއްޖާ ބެލެހެއްޓުމާއި ތަރުބިއްޔަތުކުރުމާ ގުޅޭ ގޮތުން މައިންބަފައިންގެ މައްޗަށް މަތިކޮށްފައިވާ އެންމެހައި ޒިންމާތައް ހިނގާނެއެވެ.

(ނ) ރީ-އިންޓެގްރޭޓް ކުރުމުގެ ގޮތުން ކުއްޖާ ބެލެހެއްޓުމަށް ހަވާލުކުރެވޭ އެއްވެސް ފަރާތަކުން، ކުއްޖާގެ ކަރާމާތަށް ގެއްލުންވާނެ ކަމެއް މެދުވެރިވުން ހުއްޓުވުމުގައި އިހުމާލުވެއްޖެކަމަށް މިނިސްޓްރީއަށް ފެނިއްޖެނަމަ، ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތިން ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭނެއެވެ. މިގޮތުން އިހުމާލުވީ ފޮސްޓަރކުރާ ފަރާތް ކަމުގައި ވާނަމަ، އަދި އެ ފަރާތާ ކުއްޖާގެ ގާނޫނީ ބެލެނިވެރިކަން ހަވާލުކޮށްފައިވާނަމަ، އެ ފަރާތުގެ ކިބައިން ކުއްޖާގެ ގާނޫނީ ބެލެނިވެރިކަން ވަކިކުރެވޭނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ފަދަ އަމަލެއް ކޮށްފި ފަރާތަކާމެދު ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމަށްޓަކައި އެ މައްސަލައެއް، ކަމާބެހޭ އިދާރާއަކަށް ފޮނުވޭނެއެވެ.

 

49 ވަނަ މާއްދާ - ކުއްޖާ ބެލެހެއްޓުމަށް މާލީ އެހީތެރިކަން ދިނުން

ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުއްޖެއް، ރީ-އިންޓެގްރޭޓް ކުރުމުގެ ސަބަބުން އެ ކުއްޖާ ބެލެހެއްޓުމަށް މާލީ އެހީތެރިކަން ބޭނުންވާކަމަށް، މި ގަވާއިދުގެ ދަށުން ހަދާ އެސެސްމަންޓުތަކުން އެނގެން އޮންނަ ނަމަ، ހަމަޖެހިފައިވާ އުސޫލުގެ ދަށުން ކުއްޖާ ބެލެހެއްޓުމާ ހަވާލުވާ ފަރާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

 

50 ވަނަ މާއްދާ - ރީ-އިންޓެގްރޭށަން ކޮމިޓީގެ ނިންމުން މުރާޖައާާކުރުން

މި ގަވާއިދުގެ ދަށުން ރީ-އިންޓެގްރޭށަން ކޮމިޓީން ނިންމާ ނިންމުމަކާ ގުޅޭ ގޮތުން ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުއްޖެއްގެ ނުވަތަ އެހެންވެސް ފަރާތެއްގެ ށަކުވާ މިނިސްޓަރަށް ލިބިއްޖެނަމަ، އަދި އެފަދަ ށަކުވާއެއްގެ އަލީގައި ރީ-އިންޓެގްރޭށަން ކޮމިޓީގެ ނިންމުން މުރާޖައާާ ކުރަންޖެހޭ ކަމަށް މިނިސްޓަރަށް ފެނިއްޖެނަމަ، ރީ-އިންޓެގްރޭށަން ކޮމިޓީގެ އެ ނިންމުމެއް މުރާޖައާާކުރަން އެންގުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.

 

50-1 ވަނަ މާއްދާ - ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ފޮސްޓަރ ބެލެނިވެރިންނާ ހަވާލުކޮށްފައިވާ ކުދިން (ސުރުހީއާއި މުޅި މާއްދާ އިތުރު ކުރެވިފައި)

(ހ) ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) އަށް ޢަމަލުކުރަން ފެށުމުގެ ކުރިން ދައުލަތުގެ ބެލުމުގެ ދަށުން ފޮސްޓަރ ކުރުމަށް ހަވާލުކުރަމަށް ނިންމައި ފޮސްޓަރ ބެލެނިވެރިޔާއާ ހަވާލުކޮށްފައިވާ ކުދިންގެ ގާނޫނީ ބެލެނިވެރިކަން ފޮސްޓަރ ބެލެނިވެރިންނާ ހަވާލުކުރުމަށް ށަރުޢީ ކޯޓަށް ހުށަހަޅަންވާނެވެ. (އިތުރު ކުރެވި / އިސްލާހު ކުރެވިފައި)

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ކުއްޖާއާއި ފޮސްޓަރ ބެލެނިވެރިންގެ މިހާރުގެ ހާލަތު އަންގައިދޭ އެސެސްމަންޓް ރިޕޯޓެއް ތައްޔާރު ކުރަންވާނެއެވެ. (އިތުރު ކުރެވިފައި)

 

51 ވަނަ މާއްދާ - އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުުގައެވެ.

 

52 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އާިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އާިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެ ވަނީ، އެ އާިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިމިވާ މާނަކުރުމެވެ.

(ހ) "ބެލުން ނުވަތަ ބެލެހެއްޓުން" ކަމަށް ބުނެފައި އެ ވަނީ، ވަގުތީގޮތުން ކުދިން ބެލެހެއްޓުން ހަވާލުކުރުމާއި، ދާއިމީގޮތެއްގައި ކުދިން ބެލެހެއްޓުން ހަވާލުކުރާ ކުރުން ހިމެނޭ ގޮތުންނެވެ.

(ށ) "ކުއްޖާގެ މަންމަ" ކަމަށް ބުނެފައި އެ ވަނީ، އެ ކުއްޖާ ބަނޑުއަޅައި ވިހޭ މައިމީހާއަށެވެ.

(ނ) "ކުއްޖާގެ ބައްޕަ" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 2000-04 (އާާއިލާއާބެހޭ ގާނޫނު) ގެ ދަށުން ސައްހަ ކާވެންޏެއް ކޮށްފައިވާ ފިރިހެނާއަށް އެ ގާނޫނުގެ 52 ވަނަ މާއްދާގައި ބުނާ ދަރިލައްވާ މުއްދަތުގައި އޭނާ ކާވެނިކުރި އަންހެނާ ދަރިއަކު ވިހައި، އެ ދަރީގެ ނަސަބު ނަފީކުރުމަށް، ލިއާާނު ކޮށްފައި ނުވާ ފިރިހެނާއަށެވެ.

(ރ) "ކޯޓު" ކަމަށް ބުނެފައި އެ ވަނީ، ފެމިލީ ކޯޓަށެވެ. ނުވަތަ މި ގަވާއިދުގައި ބަޔާންކުރާ ކަންކަން ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޮންމެ މެޖިސްޓްރޭޓް ކޯޓަކަށެވެ.

(ބ) "އާާއިލާއާއި އާާއިލީ ގުޅުމެއް އޮންނަ ފަރާތްތައް" ކަމަށް ބުނެފައި އެ ވަނީ، އެ ކުއްޖެއްގެ މައިންބަފައިންނަށް، ނުވަތަ މަންމަޔަށް، ނުވަތަ ބައްޕަޔަށް، ނުވަތަ ގާނޫނު ނަންބަރު 2000-04 (އާާއިލާއާބެހޭ   ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުއާީ ބަލަދުވެރިންނަށް ނުވަތަ ހަޒާާނަތު ހައްގުވާ ފަރާތްތަކަށެވެ.

(ޅ) "އިހުމާލުވުން" ކަމަށް ބުނެފައި އެ ވަނީ، ކުއްޖެއްގެ މައިންބަފައިން ނުވަތަ އެ ކުއްޖާ އެ ފަރާތެއްގެ ބެލުމުގެ ދަށުގައިވާ ފަރާތަކުން ކުރި އަމަލަކުން ނުވަތަ ނުކޮށް ދޫކޮށްލި ކަމެއްގެ ސަބަބުން ކުއްޖާއަށް ޖިސްމާނީ ނުވަތަ ނަފުސާނީ ގެއްލުމެއް ކުރިމަތިކުރުވާ ފަދަ އެންމެހައި އަމަލުތައް ނުވަތަ އެ ފަދަ ގެއްލުމެއް ކުއްޖާއަށް ކުރިމަތިވެދާނެ ފަދަ އަމަލުތަކަށެވެ.

(ކ) "މައިންބަފައިން" ކަމަށް ބުނެފައި އެ ވަނީ، ކުއްޖާގެ މަންމަޔާއި ބައްޕަޔަށެވެ.

(އ) "ޗައިލްޑް އެސެސްމަންޓް" ކަމަށް ބަޔާންކޮށްފައި އެ ވަނީ، ރީ-އިންޓެގްރޭޓް ކުރެވޭ ކުއްޖާގެ ވަނަވަރާއި ހާލަތު ބަޔާންކޮށްފައި ހެދޭ އެސެސްމަންޓަށެވެ.

(ވ) "ކޮމިއުނިޓީ އެސެސްމަންޓް" ކަމަށް ބަޔާންކޮށްފައި އެ ވަނީ، ރީ-އިންޓެގްރޭޓް ކޮށްގެން ކުއްޖާގެ ދިރިއުޅުން ބިނާކުރާކުރާނޭ ގެޔަށާއި މުޖުތަމައަށެވެ.

(މ) "މިނިސްޓަރު" ކަމަށް ބަޔާންކޮށްފައި އެ ވަނީ، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.

(ފ) "މިނިސްޓްރީ" ކަމަށް ބަޔާންކޮށްފައި އެ ވަނީ، ކުޑަކުދިންގެ ހައްގުތައް ރައްކކައުތެރި ކުރުމުގެ މަސްއޫލިއްޔަތު އެ އިރަކު ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ދ) "ފޮސްޓަރ ބެލެނިވެރިޔާ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިންގެ ތެރެއިން، ތަފާތު ސަބަބުތަކަށް ޓަކައި އެ ކުދިންގެ އާއިލާތަކާ ހަވާލުކުރެވެން ނެތް ކުދިންނާއި، ށަރުއީ އެއްވެސް ބަދަލުވެރިއަކު ދުނިޔޭގައި ނެތް ކުދިން ބަލަހައްޓައި، ތަރުބިއްޔަތުކޮށް، ބަލައި ބޮޑުކުރުމަށް ޓަކައި، އެ ކުދިން ބެލެހެއްޓުން ވަގުތީ ގޮތުން ހަވާލުކުރެވޭ ނުވަތަ ކުއްޖާގެ ގާނޫނީ ބެލެނިވެރިކަމާއެކު ހަވާލުކުރެވ،ޭ އެ ކުއްޖާގެ އާއިލާގެ މެންބަރުން ފިޔަވައި އެ ނޫން ފަރާތަކަށެވެ. (އިތުރު ކުރެވިފައި)

(ތ) "އާއިލާ" ކަމަށް ބުނެފައި އެވަނީ، އެ ކުއްޖެއްގެ މައިންބަފައިންނަށް، ނުވަތަ މަންމައަށް، ނުވަތަ ބައްޕައަށް، ނުވަތަ ގާނޫނު ނަންބަރު 2000-04 (އާއިލާއާބެހޭ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ނުވަތަ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ށަރުއީ ބަލަދުވެރިންނަށް ނުވަތަ ހަޒާނާތު ހައްގުވާ ފަރާތްތަކަށެވެ. (އިތުރު ކުރެވިފައި)

 

މައި ގަވާއިދު

ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ރީ-އިންޓެގްރޭޓް ކުރުމާ ބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2020-30)

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

 

މައި ގާނޫނު

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2019-19)

ކިޔުންތެރިންގެ ހިޔާލު