ދަައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ރީ-އިންޓެގްރޭޓް ކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2020-30) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2023-101)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 4 މޭ 2023 ގައި)
ގަވާއިދު ނަންބަރު 2020-30 (ދަައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ރީ-އިންޓެގްރޭޓް ކުރުމާބެހޭ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދަށް 01-50 ވަނަ މާއްދާ އިތުރު ކުރުން.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ފޮސްޓަރ ބެލެނިވެރިންނާ ހަވާލުކޮށްފައިވާ ކުދިން 01-50.
(ހ) ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) އަށް އަމަލުކުރަން ފެށުމުގެ ކުރިން ދައުލަތުގެ ބެލުމުގެ ދަށުން ފޮސްޓަރ ކުރުމަށް ހަވާލުކުރަމަށް ނިންމައި ފޮސްޓަރ ބެލެނިވެރިޔާއާ ހަވާލުކޮށްފައިވާ ކުދިންގެ ގާނޫނީ ބެލެނިވެރިކަން ފޮސްޓަރ ބެލެނިވެރިންނާ ހަވާލުކުރުމުގެ ކަންކަން މި އިސްލާހަށް އަމަލު ކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ށަރުއީ ކޯޓަށް ހުށަހަޅަންވާނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ކުއްޖާއާއި ފޮސްޓަރ ބެލެނިވެރިންގެ މިހާރުގެ ހާލަތު އަންގައިދޭ އެސެސްމަންޓް ރިޕޯޓެއް ތައްޔާރު ކުރަންވާނެއެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 52 ވަނަ މާއްދާގެ (ފ) ގެ ފަހަތަށް (ދ) ގެ ގޮތުގައި އަކުރެއް އިތުރުކުރުމާއި، (ތ) ގެ ގޮތުގައި އަކުރެއް އިތުރުކުރުން
(ދ) "ފޮސްޓަރ ބެލެނިވެރިޔާ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިންގެ ތެރެއިން، ތަފާތު ސަބަބުތަކަށް ޓަކައި އެ ކުދިންގެ އާއިލާތަކާ ހަވާލުކުރެވެން ނެތް ކުދިންނާއި، ށަރުއީ އެއްވެސް ބަދަލުވެރިއަކު ދުނިޔޭގައި ނެތް ކުދިން ބަލަހައްޓައި، ތަރުބިއްޔަތުކޮށް، ބަލައި ބޮޑުކުރުމަށް ޓަކައި، އެ ކުދިން ބެލެހެއްޓުން ވަގުތީ ގޮތުން ހަވާލުކުރެވޭ ނުވަތަ ކުއްޖާގެ ގާނޫނީ ބެލެނިވެރިކަމާއެކު ހަވާލުކުރެވ،ޭ އެ ކުއްޖާގެ އާއިލާގެ މެންބަރުން ފިޔަވައި އެ ނޫން ފަރާތަކަށެވެ.
(ތ) "އާއިލާ" ކަމަށް ބުނެފައި އެވަނީ، އެ ކުއްޖެއްގެ މައިންބަފައިންނަށް، ނުވަތަ މަންމައަށް، ނުވަތަ ބައްޕައަށް، ނުވަތަ ގާނޫނު ނަންބަރު 2000-04 (އާއިލާއާބެހޭ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ނުވަތަ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ށަރުއީ ބަލަދުވެރިންނަށް ނުވަތަ ހަޒާނާތު ހައްގުވާ ފަރާތްތަކަށެވެ.
3 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މައި ގަވާއިދު
ކިޔުންތެރިންގެ ހިޔާލު