ގާނޫނުލްއުގޫބާތު (ކޮންސޮލިޑޭޓެޑް)
(ކޮންސޮލިޑޭޓެޑް ނަންބަރު 2014-09)
(1ވަނަ، 2ވަނަ، 3ވަނަ، 4ވަނަ، 5ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)
ފުރަތަމަ ބައި: އާންމު ބައި
10 ވަނަ ބާބު
އިބްތިދާއީ މާއްދާތައް
10 ވަނަ މާއްދާ - ތައާރުފާއި ނަމާއި އަމަލުކުރަން ފަށާ ތާރީހު
11 ވަނަ މާއްދާ - މާނަކުރުމުގެ އުސޫލުތައް؛ އާންމު މަގްސަދުތައް
12 ވަނަ މާއްދާ - ގާނޫނުގައި ކަނޑައަޅާފައިވާ ކުށް ނޫން އެހެން ކުށްތައް އުވިދިއުން
13 ވަނަ މާއްދާ - ގާނޫނުގެ ބާރު ހިނގާ ދާއިރާ
14 ވަނަ މާއްދާ - މަދަނީ ފަރުވާތައް ދެމެހެއްޓުން
16 ވަނަ މާއްދާ - ފައިސާގެ އަދަދުތައް މުރާޖައާ ކުރުން
18 ވަނަ މާއްދާ - އުވާލެވޭ ގާނޫނު
20 ވަނަ ބާބު
ކުށުގެ ޒިންމާއުފުލުމުގެ އަސާސީ މިންގަނޑުތަކާއި ކުށުގެ ޒިންމާ އަދި ކުށުން ކުރިމަތިވާ ގެއްލުމުގެ ޒިންމާއުފުލުމާ ގުޅޭ ދިފާއުތައް
20 ވަނަ މާއްދާ - ކުށުގެ ޒިންމާއުފުލުމުގެ އަސާސް
21 ވަނަ މާއްދާ - ކުށުގެ ރުކުންތައް ކަނޑައެޅުން
22 ވަނަ މާއްދާ - އަމަލާއި އެ އަމަލުގެ ނަތީޖާއާ ދެމެދު ގުޅުން ހުރުން
24 ވަނަ މާއްދާ - ކުށުގެ ނިޔަތާ ގުޅޭ ރުކުންތައް
25 ވަނަ މާއްދާ - ނޭނގުމެއްގައި ނުވަތަ އޮޅުމަކުން ކުރާ ކަންތަކުން ކުށުގެ ނިޔަތް ނެތިދިއުން
26 ވަނަ މާއްދާ - ސިކުނޑީގެ ބައްޔެއްގެ ނުވަތަ އުނިކަމެއްގެ ސަބަބުން ކުށުގެ ނިޔަތް ނެތިދިއުން
30 ވަނަ ބާބު
ކުށުގެ ރުކުންތައް ވަކި ފަރާތަކަށް ނިސްބަތްކުރުން
30 ވަނަ މާއްދާ - މީހެއްގެ އަމަލަށް އެހެން މީހަކު ޒިންމާދާރުކުރުވުން
31 ވަނަ މާއްދާ - އަމިއްލަ އިހްތިޔާރުގައި މަސްތުވުން
33 ވަނަ މާއްދާ - ކުށުގެ އަމަލެއް ކުރާއިރު، އެހެން ކުށެއް ކުރަނީކަމުގައި ކުށްހީކުރެވުން
40 ވަނަ ބާބު
ހުއްދަކުރެވިގެންވާ ދިފާއު
40 ވަނަ މާއްދާ - ހުއްދަކުރެވިގެންވާ ދިފާއާ ގުޅޭ އާންމު އުސޫލުތައް
41 ވަނަ މާއްދާ - ހުއްދަ މަގްސަދެއް ހާސިލުކުރުމަށް ކުރާ ނުރަނގަޅު ކަންތައްތައް
42 ވަނަ މާއްދާ - ގާނޫނީ ވާޖިބު އަދާކުރުން
43 ވަނަ މާއްދާ - ގާނޫނު ތަންފީޒު ކުރުމުގެ އިދާރާ
45 ވަނަ މާއްދާ - ނަފުސުގެ ދިފާއު
46 ވަނަ މާއްދާ - މުދަލުގެ ދިފާއު
50 ވަނަ ބާބު
މައާފު ލިބެނިވި ދިފާއު
50 ވަނަ މާއްދާ - މައާފު ލިބެނިވި ދިފާއާ ގުޅޭ އާންމު އުސޫލުތައް
52 ވަނަ މާއްދާ - ބުއްދިއަށް އުނިކަން ލިބިގެންވުން
53 ވަނަ މާއްދާ - ތަސައްރުފުނުފުދުން
54 ވަނަ މާއްދާ - އަމިއްލަ އިހްތިޔާރުގައި ނޫން ގޮތަކަށް މަސްތުވުން
55 ވަނަ މާއްދާ - ބާރުގެ ބޭނުންކޮށްފާނެކަމުގެ ނުފޫޒު
56 ވަނަ މާއްދާ - ހަމަހެއަށް އުނިކަން އައުން
57 ވަނަ މާއްދާ - އެނގިގެންނުވާ ކަންތައްތަކާއި ކުށްހީގެ މައްޗަށް ގަބޫލުކުރެވޭ ކަންތައްތައް
58 ވަނަ މާއްދާ - ހުއްދަ ދިފާއެއް ލިބިގެންވާކަމަށް ކުށްހީއެއްގައި ގަބޫލުކުރެވުން
60 ވަނަ ބާބު
ދައުވާ ކުރުމަށް ހުރަހަކަށް ވެދާނެ ދިފާއު
60 ވަނަ މާއްދާ - ދައުވާ ކުރުމަށް ހުރަހަކަށް ވެދާނެ ދިފާއާ ގުޅޭ އާންމު އުސޫލުތައް
63 ވަނަ މާއްދާ - ޑިޕްލޮމެޓިކް އިމްތިޔާޒު
64 ވަނަ މާއްދާ - ކުރިން ކުށަކަށް ކޮށްފައިވާ ދައުވާ އެ ކުށަށް ފަހުން ކުރާ ދައުވާގެ ހުރަހަކަށްވުން
65 ވަނަ މާއްދާ - ކުރިން އެހެން ކުށަކަށް ކޮށްފައިވާ ދައުވާ އަލުން ކުރާ ދައުވާގެ ހުރަހަކަށްވުން
70 ވަނަ ބާބު
ކުންފުނިތަކުގެ ޒިންމާއާއި އިންސާނުން ނޫން އެހެން ވަސީލަތްތަކުގެ ޒިންމާ
70 ވަނަ މާއްދާ - ކުންފުނިތަކާއި ކުންފުނީގެ ގޮތުގައި ރަޖިސްޓަރީކޮށްފައިނުވާ ޖަމާއަތްތަކުގެ ޒިންމާ
80 ވަނަ ބާބު
ފުރިހަމަނުވާ ކުށް
80 ވަނަ މާއްދާ - ކުށެއް ކުރަން އުޅުން
81 ވަނަ މާއްދާ - ކުށެއް ކުރުމަށް އެދުން
82 ވަނަ މާއްދާ - ކުށްކުރުމަށް ރޭވުން
83 ވަނަ މާއްދާ - ރޭވުމުގައި ބައިވެރިވި މީހެއްގެ މައްޗަށް ދައުވާކުރެވެން ނެތުން ދިފާއަކަށް ނުވުން
84 ވަނަ މާއްދާ - ކުށް އޭނާގެ މައްޗަށް ހިންގުނު މީހާއަށް ލިބިދެވޭ ދިފާއު
87 ވަނަ މާއްދާ - ކުށްކުރުމުގެ އާލާތް އަތުގައި ހުރުން
90 ވަނަ ބާބު
ކުށް ދަރަޖަކުރުމާއި އޭގެ ނަތީޖާ
90 ވަނަ މާއްދާ - ކުށް ދަރަޖަކުރެވިގެންވުން
91 ވަނަ މާއްދާ - ދަރަޖަކޮށްފައިނުވާ ކުށްކުށް
92 ވަނަ މާއްދާ - ޖަލުގައި ބަންދުކުރުމަށް ހުއްދަކުރެވިގެންވާ މުއްދަތު
93 ވަނަ މާއްދާ - ހުއްދަކުރެވިފައިވާ ޖޫރިމަނާގެ އަދަދުތައް
94 ވަނަ މާއްދާ - އެއް ކުށަށް ވުރެ ގިނަ ކުށަށް ދައުވާކުރުން
ދެވަނަ ބައި: ހާއްސަ ބައި
ނަފުސާ ދެކޮޅަށް ކުރެވޭ ކުށް
110 ވަނަ ބާބު
މެރުމުގެ ކުށް
111 ވަނަ މާއްދާ - ގަސްދަކާ ނުލައި މީހަކު މެރުން
112 ވަނަ މާއްދާ - އިހުމާލުގެ އަމަލަކުން މީހަކު މަރުވުން
114 ވަނަ މާއްދާ - މަރެއް ފޮރުވުން
120 ވަނަ ބާބު
ޖެހުމާއި، ޖަހާފާނެކަމުގެ ބިރުދެއްކުމާއި އަދި އެހެނިހެން ބިރުދެއްކުމުގެ ކުށް
121 ވަނަ މާއްދާ - ފަރުވާލެއްނެތި ކުރާ އަމަލަކުން އަނިޔާއެއް ލިބިދާނެކަމުގެ ބިރުދެއްކުން
122 ވަނަ މާއްދާ - ބިރުދެއްކުމާއި ދޮގު ހަބަރު ދިނުން
124 ވަނަ މާއްދާ - ކުށް ކަނޑައެޅުން
130 ވަނަ ބާބު
ޖިންސީ އަމަލުގެ ކުށް
130 ވަނަ މާއްދާ - ރޭޕްކުރުން (ސުރުހީ އިސްލާހު ކުރެވިފައި)
131 ވަނަ މާއްދާ - ޖިންސީ އަމަލު
132 ވަނަ މާއްދާ - ބޭއަދަބީ ގޮތުގައި އައުރަ ހާމަކުރުން
133 ވަނަ މާއްދާ - ޖިންސީ ބޭނުންހިފުން
134 ވަނަ މާއްދާ - ޖިންސީ އަމަލުގެ ކުށްކުށާ ގުޅޭ އާންމު އުސޫލުތައް
140 ވަނަ ބާބު
މިނިވަންކަން ނިގުޅައިގަނެވޭ ގޮތަށް މީހުން ހިފެހެއްޓުމާއި ކަންކަން މަޖުބޫރުކުރުމުގެ ކުށް
140 ވަނަ މާއްދާ - ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުން
141 ވަނަ މާއްދާ - ޖިނާއީ މަޖުބޫރުކުރުވުން
މުދަލުގެ ކުށާއި ޒާތުގެ ކުށް
210 ވަނަ ބާބު
ވައްކަމުގެ ކުށް
210 ވަނަ މާއްދާ - ވައްކަން، ޓެކުން، މަކަރާއި ހީލަތް، ހިޔާނާތް އަދި ފޭރުން
211 ވަނަ މާއްދާ - ވައްކަންކުރުން
212 ވަނަ މާއްދާ - މަކަރާއި ހީލަތުން ނުވަތަ ޓެކުމުން އެހެން މީހެއްގެ މުދަލެއް ނިގުޅައިގަތުން
214 ވަނަ މާއްދާ - ހުއްދަނޫން ގޮތުގައި ހިދުމަތުން ބޭނުންކުރުން ނުވަތަ މަންފާ ހޯދުން
215 ވަނަ މާއްދާ - ހިޔާނާތުގެ ކުށް
217 ވަނަ މާއްދާ - މުދަލަކުން ހުއްދަނޫން ބޭނުންކުރުން
218 ވަނަ މާއްދާ - ވައްކަންކޮށްގެން ހޯދާފައިވާ މުދާ ބަލައިގަތުން
220 ވަނަ ބާބު
މުދަލަށް ގެއްލުންދިނުމާއި މުދާ ހަލާކުކުރުމުގެ ކުށް
220 ވަނަ މާއްދާ - މުދަލަށް ގެއްލުންދިނުން
221 ވަނަ މާއްދާ - މުދަލަށް ނުރައްކާ ކުރުން
222 ވަނަ މާއްދާ - ފަނާކޮށްފާނެކަމުގެ ބިރުދެއްކުން
230 ވަނަ ބާބު
ހުއްދަ ނެތް ތަންތަނަށް ވަނުމުގެ ކުށް
230 ވަނަ މާއްދާ - ހުއްދަނޫން ތަނަކަށް ވަނުން
231 ވަނަ މާއްދާ - މީހުން ދައްކާ ވާހަކަ ސިއްރުން އަޑުއެހުމާއި ފާރަލުން
232 ވަނަ މާއްދާ - ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދުން
233 ވަނަ މާއްދާ - ހުއްދަނޫން ގޮތުގައި މައުލޫމާތު ހާމަކުރުން
310 ވަނަ ބާބު
ސައްހަ ލިޔުމަށް ބަދަލުގެނައުމާއި ނަކަލުކުރުމާއި، މަކަރުވެރި އަމަލު ހިންގުން
311 ވަނަ މާއްދާ - ލިޔުމާއި ރެކޯޑާއި އެހެނިހެން ވަސީލަތްތަކާ ބެހުން
312 ވަނަ މާއްދާ - ށަހްސު އޮޅުވާލުން
313 ވަނަ މާއްދާ - އޮޅުވާލުމުގެ އަމަލުތައް
314 ވަނަ މާއްދާ - ރިށްވަތު ދިނުމާއި، ވަކި މަސްލަހަތަކަށް ބުރަވެ އަމަލުނުކުރުމުގެ ވާޖިބާ ހިލާފުވުން
316 ވަނަ މާއްދާ - ރަހުނު ބެހެއްޓުމަށްފަހު ދަރަނި ދޫކޮށްފައިވާ ފަރާތްތަކަށް އޮޅުވާލުން
317 ވަނަ މާއްދާ - އިފްލާސްކުރެވިފައިވާ ހާލަތުގައި އޮޅުވާލުން
318 ވަނަ މާއްދާ - މާލީ ހާލަތު ދަށްވަމުންދާ މާލީ އިދާރާއަކުން ފައިސާއެއް ޖަމާކުރުމަށް ގަބޫލުކުރުން
319 ވަނަ މާއްދާ - ޕިރަމިޑް ސޭލްސް ސްކީމެއްގައި ބައިވެރިވުމުގެ ހައްގު ވިއްކާލުން
410 ވަނަ ބާބު
އާއިލާއާ ދެކޮޅަށް ކުރެވޭ ކުށް
410 ވަނަ މާއްދާ - ހުއްދަނޫން ކާވެނި
411 ވަނަ މާއްދާ - ހުއްދަނޫން ޖިންސީ ގުޅުން
412 ވަނަ މާއްދާ - ހުއްދަނޫން ޖިންސީ މުއާމަލާތް
413 ވަނަ މާއްދާ - ތިމާގެމީހަކާއެކު ޒިނޭކުރުން ނުވަތަ ޖިންސީ މުއާމަލާތް ހިންގުން
414 ވަނަ މާއްދާ - ދަރިން ބެލެހެއްޓުމަށް އޮތް ވާޖިބާއި، ދަރިންނަށް އަޅާނުލައި ދޫކޮށްލުން
416 ވަނަ މާއްދާ - ހައްޔަރުން ނައްޓުވައިލުން
510 ވަނަ ބާބު
ދައުލަތް ހިންގުމާ ދެކޮޅަށް ކުރެވޭ ކުށް
ރިށްވަތު ދިނުމާއި ރަސްމީ ހައިސިއްޔަތުން އަދާކުރާ ވަޒީފާގައި ހިންގާ ހުއްދަނޫން ކަންކަމުގެ ކުށް
511 ވަނަ މާއްދާ - ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުން
512 ވަނަ މާއްދާ - ރަސްމީ ވާޖިބު އަދާކުރުމުގައި ހިންގާ އެކަށީގެންނުވާ އަމަލު
513 ވަނަ މާއްދާ - ނަހަމަ ގޮތުގައި ރަސްމީ ހައިސިއްޔަތު ނުވަތަ މައުލޫމާތު ބޭނުންކުރުން
514 ވަނަ މާއްދާ - ސިއްރު މައުލޫމާތު ހުއްދަނޫން ގޮތުގައި ހާމަކުރުން
515 ވަނަ މާއްދާ - ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް
516 ވަނަ މާއްދާ - ކުށް ކަނޑައެޅުން
517 ވަނަ މާއްދާ - ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ކުށް
518 ވަނަ މާއްދާ - ނުފޫޒުން ވިޔަފާރިކުރުމުގެ ކުށް
520 ވަނަ ބާބު
ދޮގު ހެކި ދިނުމާއި ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށް
520 ވަނަ މާއްދާ - ރަސްމީ އިދާރާތަކަށް ދޮގު ހެކި ދިނުން
521 ވަނަ މާއްދާ - ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުން
522 ވަނަ މާއްދާ - ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ދޮގު ރިޕޯޓުކުރުން
523 ވަނަ މާއްދާ - އާންމު ރައްކާތެރިކަން ބަލަހައްޓާ ފަރާތްތަކަށް ދޮގު ހަބަރު ދިނުން
530 ވަނަ ބާބު
ދައުލަތް ހިންގުމުގެ ދާއިރާއަށް ހުރަސްއެޅުމާއި ތަނަކުން ފިލައިގެންދިއުން
530 ވަނަ މާއްދާ - އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުން
531 ވަނަ މާއްދާ - އެކްސިޑެންޓްވުމުން އެކަމުގެ ރިޕޯޓުނުކުރުން
534 ވަނަ މާއްދާ - ގާނޫނީ ގޮތުން ރައްދުކުރަންޖެހޭ ށަރުއީ ލިޔުމެއް ރައްދުކުރުމަށް ހުރަސްއެޅުން
535 ވަނަ މާއްދާ - ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ މުވައްޒަފަކަށް އެހީނުވުން
536 ވަނަ މާއްދާ - ފިލައިގެން އުޅޭ މީހާއަށް އެހީތެރިވެދިނުން ނުވަތަ އޭނާ ފޮރުވައިދިނުން
537 ވަނަ މާއްދާ - ފިލުން އަދި މީހުން ބަންދުކުރާ މަރުކަޒަކަށް ރިޕޯޓުނުކުރުން
538 ވަނަ މާއްދާ - ފިލުން ހުއްދަކުރުން
541 ވަނަ މާއްދާ - ކޯޓަށް ހާޒިރުނުވުން
610 ވަނަ ބާބު
އަމަންއާންމާއި، ރައްކާތެރިކަމާއި، އަހްލާގީ މިންގަނޑުތަކާ ގުޅޭ ކުށް
އަމަންއާންމާއި ރައްކާތެރިކަމުގެ ކުށް
610 ވަނަ މާއްދާ - ރަޔަޓްކުރުމާއި ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލުން
611 ވަނަ މާއްދާ - ކުލީސިފައިން ހޯދުން
612 ވަނަ މާއްދާ - ގަޒުފުގެ ކުށް
614 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ވަނުން
615 ވަނަ މާއްދާ - އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލުކުރުން
616 ވަނަ މާއްދާ - ރަމަޒާންމަހު ރޯދަނުހިފުމާއި ބަނގުރާ ބުއިމާއި އޫރުމަސް ކެއުން
617 ވަނަ މާއްދާ - އިސްލާމްދީނާ އިދިކޮޅު އަމަލުތައް
618 ވަނަ މާއްދާ - އެހީތެރިވެދިނުމުގެ ވާޖިބު
620 ވަނަ ބާބު
އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލު ހިންގުމުގެ ކުށް
620 ވަނަ މާއްދާ - ހަށިވިއްކުން
621 ވަނަ މާއްދާ - ހަށިވިއްކުމަށް އެހީތެރިވެދިނުމާއި ހިތްވަރު ދިނުން
622 ވަނަ މާއްދާ - ހަޑިހުތުރު ލިޔުމާއި، ތަކެތި އުފެއްދުމާއި، ބެހުން
623 ވަނަ މާއްދާ - މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުން
624 ވަނަ މާއްދާ - އިންސާނާގެ ހަށިގަނޑުގެ ބައިތައް ވިއްކުން
625 ވަނަ މާއްދާ - ޖަނަވާރަށް އަނިޔާވެރި އަމަލުކުރުން
710 ވަނަ ބާބު
ހަތިޔާރާ ގުޅޭ ކުށް
710 ވަނަ މާއްދާ - ކުށެއް ކުރުމުގައި ނުރައްކާތެރި ހަތިޔާރެއް ބޭނުންކުރުން
720 ވަނަ ބާބު
ޓެރަރިޒަމާއި ރާވައިގެން ކުރާ ކުށް
720 ވަނަ މާއްދާ - ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުން
721 ވަނަ މާއްދާ - ފައިސާގެ އެކިއެކި ލިޔުންތައް ނަހަމަ ގޮތުގައި ބޭނުންކުރުން
ތިންވަނަ ބައި - ކަނޑައެޅޭނެ އަދަބުގެ މިންވަރު
1000 ވަނަ ބާބު
އަދަބު ކަނޑައެޅުމުގެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުން
1000 ވަނަ މާއްދާ - ކަނޑައެޅޭނެ އަދަބުގެ މިންވަރު ކަނޑައަޅައި އާންމުކުރުން
1001 ވަނަ މާއްދާ - ކަނޑައެޅޭނެ އަދަބުގެ މިންވަރު
1002 ވަނަ މާއްދާ - ކަނޑައެޅޭނެ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލު
1005 ވަނަ މާއްދާ - އަދަބުތަކުގެ މިންވަރު ދައްކުވައިދޭ ތާވަލު
1006 ވަނަ މާއްދާ - އެއް ކުށަށް ވުރެ ގިނަ ކުށަށް އަދަބުދިނުން
1007 ވަނަ މާއްދާ - އަދަބު ކަނޑައަޅާ ކޯޓުގެ ބާރުތައް
1100 ވަނަ ބާބު
އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށް ގެންނަންޖެހޭ ބަދަލުތައް
1100 ވަނަ މާއްދާ - އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑާ އެއްގޮތަށް އަމަލުކުރުން
1102 ވަނަ މާއްދާ - ބޮޑު ގެއްލުމެއް ދިނުމުގެ ސަބަބުން އަދަބުގެ ދަރަޖަ މަތިވުން
1104 ވަނަ މާއްދާ - ކުށެއްގެ ރެކޯޑަށް ބަލައި ކުށުގެ އަދަބުގެ މިންވަރު މަތިވުން ނުވަތަ ދަށްވުން
1108 ވަނަ މާއްދާ - މުޅިން ފުރިހަމަނުވާ ދިފާއެއް އޮތުމުގެ ސަބަބުން އަދަބުގެ މިންވަރު ދަށްވުން
1200 ވަނަ ބާބު
އަދަބު ކަނޑައެޅުމުގެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމުގެ ހުދޫދު
1200 ވަނަ މާއްދާ - އަދަބުގެ ދަރަޖަ މަތިވުމާއި ދަށްވުން
1201 ވަނަ މާއްދާ - އަދަބެއްގެ ގޮތުން ޖަލަށްލުން
1202 ވަނަ މާއްދާ - ޖަލަށްލުން ފިޔަވައި ދެވޭ އެހެނިހެން އަދަބުތައް
1204 ވަނަ މާއްދާ - މަރުގެ އަދަބު
1205 ވަނަ މާއްދާ - ހައްދުގެ ކުށްތައް
ފުރަތަމަ ބައި: އާންމު ބައި
10 ވަނަ
ބާބު
އިބްތިދާއީ މާއްދާތައް
10 ވަނަ މާއްދާ - ތައާރުފާއި ނަމާއި އަމަލުކުރަން ފަށާ ތާރީހު
11 ވަނަ މާއްދާ - މާނަކުރުމުގެ އުސޫލުތައް؛ އާންމު މަގްސަދުތައް
12 ވަނަ މާއްދާ - ގާނޫނުގައި ކަނޑައަޅާފައިވާ ކުށް ނޫން އެހެން ކުށްތައް އުވިދިއުން
13 ވަނަ މާއްދާ - ގާނޫނުގެ ބާރު ހިނގާ ދާއިރާ
14 ވަނަ މާއްދާ - މަދަނީ ފަރުވާތައް ދެމެހެއްޓުން
15 ވަނަ މާއްދާ - ހެކި ސާބިތުކޮށްދިނުމުގެ ޒިންމާ؛ އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު ގަބޫލުކުރެވޭނެ ކަންކަން
16 ވަނަ މާއްދާ - ފައިސާގެ އަދަދުތައް ރައްޔިތުންގެ މަޖިލީހުން މުރާޖައާކުރުމުގެ ވާޖިބު
17 ވަނަ މާއްދާ - މާނަކުރުން
18 ވަނަ މާއްދާ - އުވާލެވޭ ގާނޫނު
ތައާރުފާއި ނަމާއި އަމަލުކުރަން ފަށާ ތާރީހު

(ހ) ތައާރުފާއި ނަން
މި ގާނޫނަކީ، ޖިނާއީ ކުށްކުށާއި، އެ ކުށްކުށުގެ ޒިންމާ އުފުލުމުގެ މިންގަނޑާއި، އެ ކުށްކުށް ސާބިތުކޮށްދިނުމުގެ ރުކުންތަކާއި، އެ ކުށްކުށުގެ އުގޫބާތާއި، ކުށްކުށާއި އުގޫބާތް ދަރަޖަކުރެވިގެންވާގޮތާއި، ކުށުގެ ދިފާއުގެ ގޮތުގައި ބޭނުންކުރެވޭނެ ކަންތައްތަކާއި، އަދަބު ކަނޑައެޅުމުގެ އުސޫލާއި، އަދަބު ކަނޑައެޅުމުގެ މިންގަނޑު ކަނޑައަޅައި އެކަންކަމާބެހޭ އެންމެހައި އުސޫލުތައް ބަޔާންކުރާ ގާނޫނުއެވެ.
(ށ) މި ގާނޫނަށް ކިޔާނީ "ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު" އެވެ.
(ނ) އަމަލުކުރަން ފަށާ ތާރީހު
މި ގާނޫނަށް އަމަލުކުރަން ފަށާނީ، 16 ޖުލައި 2015 ވަނަ ދުވަހުން ފެށިގެންނެވެ. އަދި ގާނޫނު ނަންބަރު 2 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ، ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) އަށް އަމަލުކުރަން ފެށުން 16 ޖުލައި 2015 އަށް ފަސްކުރުންވެސް ހިމެނޭގޮތުން އެ މަގްސަދުގައިވެސް ކަމުގައިވާތީ، އެއްވެސް އޮޅުމެއް އެރިޔަ ނުދިނުމަށްޓަކައި، އަންނަނިވި ކަންކަން ކަނޑައަޅަމެވެ. (އިސްލާހު1، އިސްލާހު2 ކުރެވިފައި)
- 13 އޭޕްރިލް 2015 އިން ފެށިގެން 16 ޖުލައި 2015 ގައި ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) އަށް އަމަލުކުރަން ފެށުމާ ހަމައަށް ހިނގާ މުއްދަތުގައި އަމަލުކުރާނީ، ގާނޫނު ނަންބަރު 1981-01 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު (ޕީނަލްކޯޑު) ޗެޕްޓަރ 1) އާއި، ގާނޫނު ނަންބަރު 21/1981 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު ޗެޕްޓަރ 2) އާއި، ގާނޫނު ނަންބަރު 1966-01 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު ޗެޕްޓަރ 3) އާއި، ގާނޫނު ނަންބަރު 1968-10 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު ޗެޕްޓަރ 4) އަށެވެ؛ އަދި (އިތުރު ކުރެވިފައި)
- އެޕްރީލް 2015 އިން ފެށިގެން 16 ޖުލައި 2015 ގައި ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) އަށް އަމަލުކުރަން ފެށުމާ ހަމައަށް ހިނގާ މުއްދަތުގައި، މި ގާނޫނަށް އަމަލުކުރަން ފަށާއިރު، މި ގާނޫނުގައި ކަނޑައެޅިފައިވާ ކުށަކާއި އެކުށަކާ ގުޅުންހުރި އުސޫލަކާއި، އެހެން ގާނޫނެއްގައި ނުވަތަ ގާނޫނުގެ ބަޔެއްގައި ކަނޑައެޅިފައިވާ ކުށަކާއި ނުވަތަ އެކުށަކާ ގުޅުންހުރި އުސޫލަކާ އެއްވެސް ފުށުއެރުމެއްވާނަމަ، އެ ހާލަތުގައި އިސްކަންދޭނީ އެ އެހެން ގާނޫނަށް ނުވަތަ އެ އެހެން ގާނޫނެއްގެ ބަޔަށެވެ. (އިތުރު ކުރެވިފައި)
(ރ) ކުރީގެ ކުށްކުށް
އާންމު އުސޫލެއްގެ ގޮތުން، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ނުވަތަ ކޮށްފައިވާ ކުށެއްގެ މައްޗަށް މި ގާނޫނެއްވެސް އަދި މި ގާނޫނުން ކަނޑައަޅާފައިވާ އުސޫލުތަކެއްވެސް ނުހިނގާނެއެވެ. އެހެން ނަމަވެސް، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ނުވަތަ ކޮށްފައިވާ ކުށަކަށް މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު އަދަބު ކަނޑައަޅާނަމަ، އެ ކުށަކަށް ދިނުމަށް މި ގާނޫނުގައި ކަނޑައަޅާފައިވާ އަދަބަކީ ކުރީގެ ގާނޫނުގައި ކަނޑައަޅާފައިވާ އަދަބަށްވުރެ ކުޑަ އަދަބެއްނަމަ، ނުވަތަ މި ގާނޫނުގައި އެ ކުށުގެ މައްޗަށް ހިންގުމަށް އޮތް އުސޫލަކީ ނުވަތަ އިޖުރާއާތަކީ، ކުރީގެ ގާނޫނަށްވުރެ ދައުވާލިބޭ މީހާއަށް ލުއި އިޖުރާއާތެއްނަމަ، އެފަދަ ކުށެއްގެ މައްޗަށް ހިންގަންވާނީ މި ގާނޫނެވެ. އަދ މި ގާނޫނުގެ ދަށުން އެ ކުށަކަށް އޮތް އަދަބު ލުއިވާ ހާލަތުގައި އެ ކުށަކަށް އަދަބު ކަނޑައަޅާނީވެސް މި ގާނޫނުގައިވާ ގޮތުގެމަތިންނެވެ. (އިސްލާހު ކުރެވިފައި)
މާނަކުރުމުގެ އުސޫލުތައް؛ އާންމު މަގްސަދުތައް
11 ވަނަ މާއްދާ - މާނަކުރުމުގެ އުސޫލުތައް؛ އާންމު މަގްސަދުތައް
(ހ) މާނަކުރުމުގެ އުސޫލު
މި ގާނޫނުގެ މާއްދާތައް މާނަކުރާނީ އެ މާއްދާތަކުގެ އިބާރާތްތަކުން ދޭހަވާ އާންމު މާނައާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އެހެންނަމަވެސް މާއްދާއެއްގެ އިބާރާތްތަކުން އެއް މާނައަށްވުރެ ގިނަ މާނަ ދޭހަވާގޮތަށް މާނަކުރެވޭނަމަ، އެ މާއްދާ މާނަކުރަންވާނީ، މި މާއްދާގައި ބަޔާންކުރެވިގެންވާ އާންމު މަގްސަދުތައް ހާސިލުވާނެ ގޮތުގެމަތިންނާއި، މާނަކުރަންޖެހޭ މާއްދާގައި ހިމެނިގެންވާ ހާއްސަ މަގްސަދުތައް ހާސިލުވާނެ ގޮތުގެމަތިންނެވެ. މި ގާނޫނުގެ ދަށުން ދީފައިވާ އިހްތިޔާރީ ބާރުތަކުގެ ބޭނުންހިފަންވާނީ އެ ބާރުތަކާ ގުޅިގެން މި ގާނޫނުގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި އެ މިންގަނޑުތަކަކީ އޭގެ ޒާތުގައި ނުފުދޭ މިންގަނޑުތަކަކަށްވާނަމަ، މި މާއްދާގައި ބަޔާންކުރެވިގެންވާ އާންމު މަގްސަދުތައް ހާސިލުވާނެ ގޮތުގެމަތިންނެވެ.
(ށ) އާންމު މަގްސަދު
މި ގާނޫނުގެ އާންމު މަގްސަދަކީ ދީނާއި، ފުރާނައާއި، ނަސަބާއި، ބުއްދިއާއި މުދާ ހިމެނޭ ގޮތުން، ގާނޫނީ ގޮތުން ރައްކާތެރިކޮށްދޭންޖެހޭ ފަރުދީ މަސްލަހަތުތަކާއި އާންމު މަސްލަހަތުތަކަށް ގާނޫނުގައި ހުއްދަކުރެވިގެންނުވާ ގޮތެއްގެމަތިން ނުވަތަ ގާނޫނުން މައާފުދެވެން ނެތް ގޮތެއްގެމަތިން، ގެއްލުން ފޯރުކުރުމުގެ ގޮތުން ނުވަތަ ގެއްލުން ފޯރުކޮށްފާނެކަމުގެ ބިރުދެއްކުމުގެ ގޮތުން ހިންގޭ އަމަލުތައް މަނާކުރުމުގެ، އަދި އެފަދަ އަމަލުތަކަށް އުގޫބާތް ކަނޑައެޅުމުގެ ނިޒާމެއް ގާއިމުކުރުމެވެ. މި ގޮތުގެމަތިން،
މި ގާނޫނުގެ މާއްދާތަކުގެ މަގްސަދަކަށްވެގެން ވާނީ، އަދި މި ގާނޫނުގެ މާއްދާތައް މާނަކުރެވެންވާނީ، އަންނަނިވި މަގްސަދުތައް ހާސިލުވާނެ ގޮތުގެމަތިންނެވެ:
- ކުށްކުރާ މީހާ ކުށްވެރިވާ ނިސްބަތާއި، ކުރާ ކުށުގެ ބުރަދަނުގެ ނިސްބަތާއި އެކަށީގެންވާ މިންވަރެއްގެ އުގޫބާތެއް ކަނޑައެޅުން؛
- ކުށަކަށް ނުވާ އަމަލު ކުށުގެ ގޮތުގައި ކުށްވެރިކުރުމުން ރައްކާތެރިކުރުމާއި، ކުށުގެ އަމަލު ކުށުގެ ގޮތުގައި ކުށްވެރިކުރުން؛
- ކުށުގެ ތުހުމަތުކުރެވޭ ނުވަތަ ކުށް ސާބިތުކުރެވޭ މީހުންނާ މެދު އަނިޔާވެރި ގޮތުގައި ނުވަތަ ގާނޫނީ ހަމައެއް ނެތް ގޮތުގައި މުއާމަލާތްކުރުން ހުއްޓުވުން؛
- ކުށް މާނަކޮށްދީގެން އަދި ވަކި ދަރަޖަތަކަކަށް ކުށްތައް ބަހައިގެން، ކުށްކުށަށް ދެވޭ އަދަބުގެ މިންވަރު ކަނޑައަޅައިދިނުމާއި، ކުށުގެ ގޮތުގައި މަނާކުރެވިފައިވާ އަމަލުތަކަކީ ކޮބައިކަމުގެ އެކަށީގެންވާ އިންޒާރު ދިނުމާއި އެފަދަ އަމަލެއް ކޮށްފިނަމަ ނުކުންނާނެ ނަތީޖާއަކީ ކޮބައިކަން ބަޔާންކޮށްދިނުން.
(ނ) އިތުރު މަގްސަދު
މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މަގްސަދުތަކަށް އުނިކަމެއް ނާންނާނެ ގޮތުގެމަތިން، އަންނަނިވި ކަންކަން މެދުވެރިކޮށް އާންމު މަސްލަހަތު ދެމެހެއްޓުމަކީވެސް މި ގާނޫނުން ހާސިލުކުރަން ބޭނުންވާ މަގްސަދެކެވެ:
- މުޖްތަމައުގެ އާންމު އިޖްތިމާއީ މިންގަނޑުތަކަށް އުނިކަން ގެންނަ އަމަލުތަކަށް އެކަށީގެންވާ އަދަބު ކަނޑައަޅައިގެން، އެ އާންމު ހަމަތައް ދެމެހެއްޓުން؛ (އިސްލާހު ކުރެވިފައި)
- ކުށްކުށަށް ކަނޑައަޅާފައިވާ އަދަބުގެ ސަބަބުން އެފަދަ ކުށްކުރުމުން ދުރުހެލިކުރުވުމާއި އެފަދަ ކުށް މަދުކުރުން؛
- ޖިނާއީ އަމަލުތައް ތަކުރާރުވިޔަނުދިނުމުގެ ގޮތުން ހައްޔަރުކުރުން ހިމެނޭގޮތަށް ހިފެހެއްޓުން؛ (އިސްލާހު ކުރެވިފައި)
- މުޖްތަމައުގެ އާންމު އިޖްތިމާއީ މިންގަނޑުކަމަށް މި މާއްދާގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި އާންމުކޮށް މުޖްތަމައު ގަބޫލުކުރާ ސުލޫކީ ގިޔަމްތައް ހިމެނެއެވެ.
ގާނޫނުގައި ކަނޑައަޅާފައިވާ ކުށް ނޫން އެހެން ކުށްތައް އުވިދިއުން
12 ވަނަ މާއްދާ - ގާނޫނުގައި ކަނޑައަޅާފައިވާ ކުށް ނޫން އެހެން ކުށްތައް އުވިދިއުން
މި ގާނޫނުގައި ކުށެއް ކަމުގައި ކަނޑައަޅައި ބަޔާންކޮށްފައިނުވާ ނުވަތަ ދިވެހިރާއްޖޭގެ އެހެންވެސް ގާނޫނެއްގައި ކުށެއްކަމުގައި ކަނޑައަޅައި ބަޔާންކޮށްފައިނުވާ އެއްވެސް އަމަލަކީ ކުށެއް ނޫނެވެ.
ގާނޫނުގެ ބާރު ހިނގާ ދާއިރާ
13 ވަނަ މާއްދާ - ގާނޫނުގެ ބާރު ހިނގާ ދާއިރާ
(ހ) ގާނޫނުގެ ބާރު ހިނގާ ދާއިރާ
އަންނަނިވި ކަންކަމުގެ މައްޗަށް ދައުވާ އުފުލުމުގެ ބާރު ދައުލަތަށް ލިބިގެންވެއެވެ:
- ކުށެއްގެ ރުކުނެއް ކަމުގައި ބަޔާންކޮށްފައިވާ އެއްވެސް އަމަލެއް ދިވެހިރާއްޖޭގައި ހިންގާ ހިނދު، އެ ކުށަކަށް؛ ނުވަތަ
- ކުށެއްގެ ރުކުނެއް ކަމުގައި ބަޔާންކޮށްފައިވާ އަމަލެއްގެ ނަތީޖާއެއްގެ ސަބަބުން ގެއްލުން ލިބުނީ ދިވެހިރާއްޖޭގައިކަމަށް ވާހިނދު އެ ކުށަކަށް؛ ނުވަތަ
- މުޅިން ފުރިހަމަނުވާ ކުށެއްގެ އަމަލު ފުރިހަމަވާހިނދު، އެ ކުށުގެ އަމަލުގެ ރުކުން ނުވަތަ ނަތީޖާގެ ރުކުން ފުރިހަމަވީ ދިވެހިރާއްޖޭގައި ކަމުގައިވާހިނދު، އެ ކުށަކަށް؛ ނުވަތަ
- އަންނަނިވި ނުކުތާތައް ހިމެނިގެންވާ ގޮތަށް ހިންގޭ މުޅިން ފުރިހަމަނުވާ ކުށްކުށަށް:
(ހހ) އެފަދަ ކުށެއްގެ ރުކުނެއް ކަމުގައި ބެލެވޭ އަމަލެއް ދިވެހިރާއްޖޭގައި ކުރުން؛ އަދި
(ށށ) ކުށުގެ އަމަލު ފުރިހަމަކުރުމަށް ކަނޑައަޅާފައިވާ ތަނަކީ ނުވަތަ އެ ކުށުން ނެރެން ބޭނުންވާ ނަތީޖާ ނެރުމަށް ކަނޑައަޅާފައިވާ ތަނަކީ ދިވެހިރާއްޖެ ފިޔަވައި އެހެން ގައުމެއް ކަމުގައިވުން؛ އަދި
(ނނ) އެ ކުށުގެ އަމަލު ފުރިހަމަކުރުމަށް ކަނޑައަޅާފައިވާ ގައުމުގައި، ނުވަތަ އެ ކުށުގެ ނަތީޖާ ނެރުމަށް ކަނޑައަޅާފައިވާ ގައުމުގައި އެ ކުށުގެ އަމަލު ފުރިހަމަވެއްޖެނަމަ އެއީ އެ ގައުމެއްގައިވެސް، އަދި ދިވެހިރާއްޖޭގައި އެކަން ކުރިނަމަ، ދިވެހިރާއްޖޭގައިވެސް ކުށެއްކަމުގައި ބެލެވޭނެ އަމަލަކަށްވުން؛ އަދި
- ށެއްގެ ނަތީޖާއެއްގެ ގޮތުން، ދިވެހި ރައްޔިތުންނަށް ނުވަތަ ދައުލަތަށް، ނުވަތަ ދައުލަތުގެ މުދަލަށް، ނުވަތަ ދައުލަތުގެ ބާރު ތަންފީޒުކުރާ ފަރާތްތަކަކަށް، ގެއްލުމެއް ކުރިމަތިވާ ބާވަތުގެ ކުށާއި، އެއިން ފަރާތަކަށް އެފަދަ ގެއްލުމެއް ލިބިދާނެކަމަށް ބެލެވޭ މުޅިން ފުރިހަމަނުވާ ކުށް؛ އަދި
- ކުށްކުރީ ކޮންމެ ތަނެއްގައިކަމަށްވީނަމަވެސް ދިވެހިރައްޔިތަކު ނުވަތަ ދިވެހިރައްޔިތަކާ ގުޅިގެން ކުރާކުށް، ނުވަތަ ދިވެހިރާއްޖޭގައި ދިރިއުޅުން ބިނާވެފައިވާ މީހަކު ކުރާ ކުށް؛ އަދި
- ކުށްކުރީ ކޮންމެ ތަނެއްގައި ކަމުގައިވީނަމަވެސް، އަދި އެ ކުށްކުރި މީހުންގެ ދިރިއުޅުން ބިނާވެފައިވަނީ ކޮންމެ ގައުމެއްގައި ކަމުގައިވީނަމަވެސް، ބައިނަލްއަގްވާމީ ގާނޫނާ ކަނޑައެޅިގެން ހިލާފަށް ކުރެވޭ ކޮންމެ ކުށެއް. އަދި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާއެއްގެ ސަބަބުން އެ ކުށުގެ އަމަލުގެ މައްޗަށް ގާނޫނު ހިންގުމުގެ ބާރު ދައުލަތަށް ލިބިދޭ ބާވަތުގެ ކުށް؛ އަދި
- ކަނޑުގެ އުޅަނދުފަހަރާއި ވައިގެ އުޅަނދުފަހަރުގެ ތެރެއިން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ނުވަތަ ދިވެހިރާއްޖޭގެ ދިދަ ނަގާފައިވާ އުޅަނދަކާ ދެކޮޅަށް ނުވަތަ އެއިން އުޅަނދެއްގައި ކުރެވޭ ކުށް.
(ށ) ކުށުގެ މައްޗަށް ގާނޫނު ހިންގުމުގެ ބާރު އޮތުން އެއީ ކުށުގެ ރުކުނެއް ނޫންކަން
ކުށެއްގެ މައްޗަށް ގާނޫނު ހިންގުމުގެ ބާރު ދައުލަތަށް އޮތްކަން ސާބިތުކުރުމަކީ، އެ ކުށުގެ ރުކުނެއް ނޫނެވެ. އެއީ ކުށެއްގެ މައްޗަށް ދައުވާ އުފުލުމަށް ދައުލަތަށް ލިބިގެންވާ ބާރު ބޭނުންކުރުމަށްޓަކައި ކަށަވަރުކުރަންޖެހޭ މިންގަނޑެކެވެ. ގާނޫނު ހިންގުމުގެ ބާރު ދައުލަތަށް އޮތްތޯ ބެލުމަށް ބޭނުންކުރެވޭ މިންގަނޑުތަކާ އަޅާކިޔައި، ދައުވާ ރައްދުވާ ފަރާތުގެ ކުށުގެ ނިސްބަތް ސާބިތުކޮށްދިނުމަކީ ދައުވާކުރާ ފަރާތުން ކުރަންޖެހޭ ކަމެއް ނޫނެވެ.
(ނ) ލިބިގެންވާ ބާރު
ކޯޓުގެ ހުރުމަތަށް އުނިކަން އައުމުން އެކަމަށް ކޯޓުން އަދަބު ކަނޑައެޅުމަށް ކޯޓަށް ލިބިގެންވާ ބާރަށާއި، ކޯޓުގެ އަމުރެއް ނުވަތަ މަދަނީ ހުކުމެއް ގާނޫނު ހުއްދަކުރާ ގޮތެއްގެމަތިން ތަންފީޒުކުރުމަށް ކޯޓަށް ލިބިގެންވާ ބާރަކަށް، މި މާއްދާގެ ސަބަބުން އެއްވެސް އަސަރެއް ނުފޯރާނެއެވެ.
(ރ) ދައުވާ ރައްދުވާ ފަރާތް އެހެން ގައުމަކަށް ދައުލަތުން ފޮނުވައިދިނުމަށް އެދުން
ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަގްވާމީ މުއާހަދާއެއްގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ދައުވާ ރައްދުވާ މީހާ، އެހެން ގައުމަކަށް ދައުލަތުން ފޮނުވައިނުދިނުން އެއީ، ދައުވާ ރައްދުވާ މީހާގެ މައްޗަށް ކުރެވޭ ދައުވާގެ ދިފާއުގައި ބޭނުންކުރެވިދާނެ ހަމައެއް ނޫނެވެ.
(ބ) މާނަކުރުން
- "ދިވެހިރާއްޖެ" ކަމަށް ބުނެފައި އެވަނީ ދިވެހިސަރުކާރުގެ ބާރު ހިނގާ ބިމާއި، ކަނޑާއި، އެ ބިމާއި ކަނޑުގެ މައްޗަށްވާ ވައިގެ ސަރަހައްދާއި އަދި ބައިނަލްއަގްވާމީ މުއާހަދާތަކުގައާއި، ގާނޫނުގައި ބަޔާންވެގެންވާ އިގްތިސާދީ ސަރަހައްދާއި، ސަރަހައްދީ ކަނޑާއި، މީހުން އުޅޭ ރަށްރަށާއި މީހުން ނޫޅޭ ރަށްރަށެވެ.
- "ދައުލަތް" ކަމަށް ބުނެފައި އެވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި ދައުލަތް ހިންގުމުގެ ބާރުތައް ހިންގާ ފަރާތްތަކަށެވެ.
(ޅ) ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު
ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި ހިމެނޭ ގުދުރަތީ ވަސީލަތްތައް ހޯދައި، ބަލަހައްޓައި، ހިމާޔަތްކޮށް، އެތަކެތީގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށްޓަކައި، ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެމަތިން، ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ޖިނާއީ ގާނޫނު ހިންގުމަށް، ދިވެހިރާއްޖެއަށް ބާރު ލިބިގެންވެއެވެ.
ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ކުރާ ކުށްތަކުގެ ތެރެއިން، ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެމަތިން، މި ގާނޫނު ހިންގުމުގެ ބާރު ދިވެހިރާއްޖެއަށް ލިބިގެންވާ ހާލަތްތަކުގައި، މި މާއްދާގައި "ދިވެހިރާއްޖެ" ކަމަށް ބުނެފައިވާ ބަހުގެ މާނައިގެ ތެރޭގައި ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްބަސްވުންތަކާއި ގާނޫނުތަކުގައި ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުކަމަށް ކަނޑައަޅާފައިވާ ސަރަހައްދު ހިމެނެއެވެ. އަދި އެފަދަ ހާލަތްތަކުގައި ކުރާ ކުށްތަކަށް އަދަބު ކަނޑައެޅުމުގައި ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްބަސްވުންތަކަށް ރިއާޔަތްކުރަންވާނެއެވެ.
މަދަނީ ފަރުވާތައް ދެމެހެއްޓުން
14 ވަނަ މާއްދާ - މަދަނީ ފަރުވާތައް ދެމެހެއްޓުން
މި ގާނޫނުގައި އަދަބު ކަނޑައަޅާފައިވާ އެއްވެސް އަމަލަކާ ގުޅިގެން މަދަނީ ދައުވާއެއްގައި ބަދަލެއް ހޯދުމަށް، ނުވަތަ އަދަބެއް ދިނުމަށް، ނުވަތަ މުދަލެއް ހިފެހެއްޓުމަށް، ނުވަތަ އަނބުރާ ލިބެންޖެހޭ އެއްޗެއް ހޯދުމަށް، ނުވަތަ ގާނޫނު ހުއްދަކުރާ ގޮތެއްގެމަތިން އެނޫންވެސް ކަމެއް ތަންފީޒުކުރުމަށް އޮތް ހައްގަކަށް ނުވަތަ އިލްތިޒާމަކަށް، މި ގާނޫނުން ހުރަހެއްނާޅައެވެ. ނުވަތަ އުނިކަމެއް ނުގެނެއެވެ. އަދި މި ގާނޫނުގައި ކުށް ކަނޑައެޅުމުގައި، ކުށުގެ މަދަނީ ގެއްލުމުގެ ބައިތައް ހިމެނިގެނެއްނުވެއެވެ.
ހެކި ސާބިތުކޮށްދިނުމުގެ ޒިންމާ؛
އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު ގަބޫލުކުރެވޭނެ ކަންކަން
15 ވަނަ މާއްދާ - ހެކި ސާބިތުކޮށްދިނުމުގެ ޒިންމާ؛ އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު ގަބޫލުކުރެވޭނެ ކަންކަން
(ހ) ކުށެއް ނުކުރާކަމަށް ގަބޫލު ކުރުން
އެކަށީގެންވާ މިންވަރެއްގެ ށައްކެއްނެތި ކުށުގެ ކޮންމެ ރުކުނެއް ސާބިތުކުރެވިގެން މެނުވީ އެއްވެސް މީހެއްގެ މައްޗަށް ކުށެއް ސާބިތުކުރެވިގެންވާކަމަށް ނުބެލެވޭނެއެވެ. އެ މިންވަރަށް ހެކި ލިބެން ނެތް ހާލަތްތަކުގައި، ދައުވާ ރައްދުވާ މީހާއަކީ ކުށެއް ނުކުރާ މީހެއްކަމުގައި ބެލެވޭނެއެވެ.
(ށ) ސާބިތުކޮށްދިނުމުގެ ޒިންމާ (މި ނަންބަރުން 3 މިނަންބަރަށް ސުރުހީ ބަދަލު ކުރެވިފައި)
- ކަމެއް ސާބިތުކޮށްދިނުމުގެ ޒިންމާ އޮތް މީހަކަށް އެ ޒިންމާ އަދާނުކުރެވިއްޖެ ހިނދެއްގައި، އެ ކަމެއް ކަނޑައެޅިގެންދާނީ، އެ މީހަކާ ދެކޮޅަށެވެ.
- ދައުވާކުރާ ފަރާތުގެ މައްޗަށް އޮތް ޒިންމާ މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، އަންނަނިވި ކަންކަން ކުރުމުގެ ޒިންމާ، ދައުވާކުރާ ފަރާތުން އުފުލަންވާނެއެވެ:
- އެކަށީގެންވާ މިންވަރެއްގެ ށައްކެއްނެތް މިންވަރަށް ކުށުގެ އެންމެހައި ރުކުންތަކެއް ސާބިތުކޮށްދިނުން؛
- އެކަށީގެންވާ މިންވަރެއްގެ ށައްކެއް ނުކުރެވޭނެ މިންވަރަށް، އިސްތިސްނާގެ އެންމެހައި ހާލަތްތަކާއި، އާންމު ނޫން އެންމެހައި ދިފާއުތަކާއި، އަދި ކުށެއްކަމުގައި އެ އަމަލު ނުބެލުމަށް ހުރި އެންމެހައި ހާލަތްތައް ދައުވާ އުފުލިފައިވާ ކުށުގެ މައްޗަށް ނުހިނގާކަން ސާބިތުކޮށްދިނުން؛ އަދި
- ދައުވާ ރައްދުވާ ފަރާތުގެ މައްޗަށް އުފުލިފައިވާ ދައުވާގައި، ކުށުގެ ޒިންމާ އެފަރާތުން އުފުލަންޖެހޭކަން ސާބިތުކޮށްދިނުމަށް ބޭނުންވާ އެހެން ހުރިހާ ހެއްކަކާއި ކަންކަމެއް ލިބިހުރި އެންމެހައި ހެއްކެއްގެ ބުރަދަނަށް ބަލައި ސާބިތުކޮށްދިނުން.
-
ދައުވާ ރައްދުވާ ފަރާތުގެ މައްޗަށް އޮތް ޒިންމާ (2ވަނަ ނަންބަރުން މިނަންބަރަށް ސުރުހީ ބަދަލު ކުރެވިފައި)
މި ގާނޫނުގައި އެހެން ގޮތަކަށް ކަނޑައެޅިގެން ބަޔާންކޮށްފައި ނުވާހާހިނދަކު، ހުށަހެޅެން އޮތް އާންމު ކޮންމެ ދިފާއެއްގައި ހިމެނިގެންވާ ކޮންމެ ރުކުނެއް ލިބިހުރި އެންމެހައި ހެއްކެއްގެ ބުރަދަނަށް ބަލައި ސާބިތުކޮށްދިނުމަކީ، ދައުވާ ރައްދުވާ ފަރާތުގެ ޒިންމާއެކެވެ.
(ނ) އެހެންގޮތަކަށް ސާބިތުނުވާހާހިނދަކު ގަބޫލުކުރެވޭނެ ކަންކަން
އެހެންގޮތަކަށް ސާބިތުކޮށް ނުދެވޭހާހިނދަކު، މި ގާނޫނުން ވަކިކަމެއް ވަކި ގޮތަކަށް ގަބޫލުކުރާނެ ކަމަށް ބަޔާންކުރާ ހާލަތްތަކުގައި، އެ ކަމެއްގައި ހިމެނިގެންވާ ނުކުތާތައް ސާބިތުކޮށްދެވުމުން، އެ ދައުވާ ސާބިތުކޮށްދެވުނީ ކަމަށް ކޯޓުން ގަބޫލުކުރަންވާނެއެވެ. އެއީ، އެކަމުގެ އަސަރު ފޯރާނެ ހަސްމަށް ލިބިފައިވާ ހުރިހާ ހެއްކެއްގެ ބުރަދަނަށް ބަލައި އެހެން ގޮތަކަށް އެކަން ސާބިތުކޮށްނުދޭހާ ހިނދަކުއެވެ.
(ރ) މާނަކުރުން
"އާންމު ދިފާއު" ކަމަށް ބުނެފައި އެވަނީ މި ގާނޫނުގެ 40 ވަނަ ބާބާއި، 50 ވަނަ ބާބާއި، 60 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ކޮންމެ ދިފާއަކަށެވެ.
ފައިސާގެ އަދަދުތައް ރައްޔިތުންގެ މަޖިލީހުން މުރާޖައާކުރުމުގެ ވާޖިބު
16 ވަނަ މާއްދާ - ފައިސާގެ އަދަދުތައް މުރާޖައާކުރުން (ސުރުހީ އާއި މާއްދާ އިސްލާހު ކުރެވިފައި)
(ހ) މުދަލާއި ހިދުމަތުގެ އަގަށް އަންނަ ބަދަލާ ގުޅިގެން، މި ގާނޫނުގައި ބަޔާންކޮށްފައިވާ ފައިސާގެ އަދަދުތަކަށް ބަދަލު ގެންނަންޖެހޭތޯ ކަނޑައެޅުމަށްޓަކައި މަދުވެގެން ކޮންމެ 5 އަހަރުން އެއްފަހަރު އެ އަދަދުތައް މުރާޖައާކޮށް ގެންނަންޖެހޭ ބަދަލުތައް ހިމެނޭ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ފަދައިން ސަރުކާރުން ހުށަހަޅާ މުދަލާއި ހިދުމަތުގެ އަގަށް އަންނަ ބަދަލާބެހޭ ބިލާ ގުޅިގެން، މި ގާނޫނުގައި ބަޔާންކޮށްފައިވާ ފައިސާގެ އަދަދުތަކަށް ރައްޔިތުންގެ މަޖިލީހުން ބަދަލުނުގެންނަހާ ހިނދަކު، މި ގާނޫނުގައި ބަޔާންވެގެންވާ ފައިސާގެ އަދަދުތައް ނުވަތަ މި މާއްދާގެ (ހ) ގެ ދަށުން އެންމެ ފަހުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މުރާޖައާކޮށްފައިވާ އަދަދުތައް އެގޮތުގައި ދެމިއޮންނާނެއެވެ.
މާނަކުރުން
17 ވަނަ މާއްދާ - މާނަކުރުން
އިބާރާތެއް ބޭނުންކުރެވިފައިވާ ގޮތުން ތަފާތުކޮށް މާނަކުރުމަށް ކަނޑައެޅިގެން ބޭނުންނުވާހާހިނދަކު:
- "ބައިވެރިން" އަށް ދީފައިވަނީ މި ގާނޫނުގެ 30 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
- "ބަރީއަކުރުން" ކަމަށް ބުނެފައި އެވަނީ އުފުލޭ ދައުވާއެއްގެ ނަތީޖާގެ ގޮތުން ކުށެއް ނެތްކަމުގެ ހުކުމް ނުވަތަ ކުށުން ކުށްވެރި ނުވާކަމުގެ ހުކުމް ނުވަތަ ކުށެއް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ހެކި ނެތްކަމުގެ ހުކުމެއް އައުމަށެވެ.
- "ކުށެއްކުރަން އުޅުން" އަށް ދީފައިވަނީ މި ގާނޫނުގެ 80 ވަނަ މާއްދާގެ (ހ) ގައި ދީފައިވާ މާނަކުރުމެވެ.
- "އޮޓަމެޓިކް ބަޑި" އަށް ދީފައިވަނީ މި ގާނޫނުގެ 710 ވަނަ މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- އޮޓަމެޓިކް ލޯޑިންގް" އަށް ދީފައިވަނީ މި ގާނޫނުގެ 710 ވަނަ މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "މަންފާ" އަށް ދީފައިވަނީ މި ގާނޫނުގެ 315 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
- "ހަށިގަނޑަށް ލިބޭ އަނިޔާ" ކަމަށް ބުނެފައި އެވަނީ ހަށިގަނޑަށް ލިބޭ ވޭނާއި، ހަށިގަނޑަށް ޖެހޭ ބައްޔާއި، ހަށިގަނޑުގެ މާއްދީ އެއްވެސް ބަޔަކަށް ލިބޭ އުނިކަމަކަށެވެ.
- "ފަނާކުރުން" އަށް ދީފައިވަނީ މި ގާނޫނުގެ 222 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
- "ފަނާކުރަނިވި މާއްދާ" އަށް ދީފައިވަނީ މި ގާނޫނުގެ 121 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ހާލަތުގެ ރުކުން" އަށް ދީފައިވަނީ މި ގާނޫނުގެ 21 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ސާފު އަދި ގަބޫލުކުރެވޭފަދަ ހެކި" ކަމަށްބުނެފައި އެވަނީ ލިބިފައިވާ ހެކި އަޅާކިޔާއިރު ކުށެއް ސާބިތުވީކަމަށް ބެލެވޭ މިންގަނޑަށް ވުރެ މަތީ ދަރަޖައެއްގެ، އެހެންނަމަވެސް އެކަށީގެންވާ ށައްކެއް އުފެދޭނެ ތަނެއް ނެތް މިންވަރަށް ހެކި ލިބުމުގެ މިންގަނޑަށްވުރެ ދަށް މިންގަނޑެއްގެ ހެއްކަށެވެ.
- "ތިމާގެ މީހުން" އަށް ދީފައިވަނީ މި ގާނޫނުގެ 413 ވަނަ މާއްދާގެ (ރ) ގައި ދީފައިވާ މާނަކުރުމެވެ.
- "ދެކެވޭ ވާހަކަ" އަށް ދީފައިވަނީ މި ގާނޫނުގެ 231 ވަނަ މާއްދާގެ (ރ) ގައި ދީފައިވާ މާނަކުރުމެވެ.
- "ކުށްކުރި މީހާގެ އަމަލުގެ ރުކުން" އަށް ދީފައިވަނީ މި ގާނޫނުގެ 21 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ރުހުން" އަށް ދީފައިވަނީ މި ގާނޫނުގެ 27 ވަނަ މާއްދާގައި ދީފައިވާ މާނަކުރުމެވެ.
- "ނަތީޖާ" އަށް ދީފައިވަނީ މި ގާނޫނުގެ 32 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
- "ކުށެއް ސާބިތުވުން" ކަމަށް ބުނެފައި އެވަނީ އުފުލޭ ދައުވާއެއްގައި ކުރާ ހުކުމެއްގައި ކުށަކުން ކުށްވެރިވާ ކަމަށް ކަނޑައެޅުމަށެވެ. އަދި އެ ހުކުމް އެއްވެސް ގޮތަކުން ބަދަލުވެފައި ނުވުމަށާއި، ދޫކޮށްލާފައި ނުވުމަށެވެ. ނުވަތަ މީހަކު ކުށެއް ކުރިކަމަށް އެއްބަސްވާ އެއްބަސްވުން ކޯޓުން ގަބޫލުކުރާ ގަބޫލުކުރުމަށެވެ.
- "އޭޖެންޓް" އަށް ދީފައިވަނީ މި ގާނޫނުގެ 70 ވަނަ މާއްދާގެ (ނ) ގެ (4) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ކުންފުނި" އަށް ދީފައިވަނީ މި ގާނޫނުގެ 70 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "މީހުން ބަންދުކުރާ މަރުކަޒެއްގެ މުވައްޒަފު" އަށް ދީފައިވަނީ މި ގާނޫނުގެ 538 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
- "މީހުން ބަންދުކުރާ މަރުކަޒު" އަށް ދީފައިވަނީ މި ގާނޫނުގެ 537 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ކުށްކުރާ ޖަމާއަތް" އަށް ދީފައިވަނީ މި ގާނޫނުގެ 720 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ބަންދުގައި މީހުން ބައިތިއްބާ ތަނެއް ބަލަހައްޓާ މުވައްޒަފު" އަށް ދީފައިވަނީ މި ގާނޫނުގެ 532 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
- "ނުރައްކާތެރި ހަތިޔާރު" އަށް ދީފައިވަނީ މި ގާނޫނުގެ 120 ވަނަ މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.\
- "މަކަރާއި ހީލަތް" އަށް ދީފައިވަނީ މި ގާނޫނުގެ 212 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ބޭނުންވާ މިންވަރަށްވުރެ އިތުރަށް ބާރުގެ ބޭނުން ކުރެވިއްޖެ ކަމުގައި ބެލުން" އަށް ދީފައިވަނީ މި ގާނޫނުގެ 45 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ބާރުގެ ބޭނުންކޮށްފާނެކަމުގެ ނުފޫޒު" އަށް ދީފައިވަނީ މި ގާނޫނުގެ 55 ވަނަ މާއްދާގައި ދީފައިވާ މާނަކުރުމެވެ.
- "ދިރިއުޅޭ ތަން" އަށް ދީފައިވަނީ މި ގާނޫނުގެ 230 ވަނަ މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ރުކުންތައް" އަށް ދީފައިވަނީ މި ގާނޫނުގެ 21 ވަނަ މާއްދާގެ (ހ) ގައި ދީފައިވާ މާނަކުރުމެވެ.
- "ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު" އަށް ދީފައިވަނީ މި ގާނޫނުގެ 614 ވަނަ މާއްދާގެ (ނ) ގައި ދީފައިވާ މާނަކުރުމެވެ.
- "މައާފު ލިބެނިވި ދިފާއު" އަށާއި "މައާފު" އަށް ދީފައިވަނީ މި ގާނޫނުގެ 50 ވަނަ މާއްދާގެ (ހ) ގައި ދީފައިވާ މާނަކުރުމެވެ.
- "ގޮވާ ތަކެތި" އަށް ދީފައިވަނީ މި ގާނޫނުގެ 121 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ޒިންމާ އުފުލުމުގެ މަސްލަހަތު" އަށް ދީފައިވަނީ މި ގާނޫނުގެ 215 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "މާލީ އިދާރާ" އަށް ދީފައިވަނީ މި ގާނޫނުގެ 215 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "މާލީ ލިޔުމެއް" އަށް ދީފައިވަނީ މި ގާނޫނުގެ 212 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "މާލީ ހިދުމަތްތެރިއެއް" އަށް ދީފައިވަނީ މި ގާނޫނުގެ 215 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "މާލީ މުއާމަލާތް" އަށް ދީފައިވަނީ މި ގާނޫނުގެ 721 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ބަޑި" އަށް ދީފައިވަނީ މި ގާނޫނުގެ 710 ވަނަ މާއްދާގެ (ރ) ގެ (4) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ބާރު" ކަމަށް ބުނެފައި އެވަނީ ތިމާއަށް އެހެން ތަނަކަށް ނުދެވޭނެ ގޮތަށް ހިފެހެއްޓުމަށާއި، ބަންދުކުރުން ހިމެނޭ ގޮތަށް ތިމާގެ ހަށިގަނޑަށް ގެއްލުމެއް ލިބިދާފަދަ ގޮތަކަށް މާއްދީ ގޮތުން ބާރުގެ ބޭނުންކުރުމަށާއި، އެ ބާރުގެ ބޭނުންކޮށްފާނެކަމުގެ ބިރުދެއްކުމަށާއި އަނިޔާކޮށްފާނެކަމުގެ ބިރުދެއްކުމަށާއި އަދި ބަންދުކޮށްފައި ބެހެއްޓުން ހިމެނޭ ގޮތަށް ނުވަތަ ތިމާއަށް އެހެން ތަނަކަށް ނުދެވޭނެ ގޮތަށް ހިފެހެއްޓުން ހިމެނޭގޮތަށް ހަށިގަނޑަށް އަނިޔާ ލިބިދީފާނެކަމުގެ ބިރު އިހުސާސް ކުރުވުމަށެވެ.
- "ހިނގާބިނގާވެ އުޅުމުގެ މިނިވަންކަން" އަށް ދީފައިވަނީ މި ގާނޫނުގެ 140 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ދައުލަތުގެ މުވައްޒަފު" އަށް ދީފައިވަނީ މި ގާނޫނުގެ 533 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
- "އާންމު ދިފާއު" އަށް ދީފައިވަނީ މި ގާނޫނުގެ 15 ވަނަ މާއްދާގެ (ރ) ގައި ދީފައިވާ މާނަކުރުމެވެ.
- ފިރިހެން ނަމުގެ ގޮތުގައި ބޭނުންކޮށްފައިވާ ނަން އަންހެން ނަމުގެ ގޮތުގައި، އަދި އަންހެން ނަމުގެ ގޮތުގައި ބޭނުންކޮށްފައިވާ ނަން ފިރިހެން ނަމުގެ ގޮތުގައި ބޭނުންކުރެވޭނެއެވެ.
- "އިސް ހިންގުންތެރިޔާ" އަށް ދީފައިވަނީ މި ގާނޫނުގެ 70 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "މަތީ ދަރަޖައަކަށް ރައްކާތެރިކުރެވިފައިވާ މައުލޫމާތު" އަށް ދީފައިވަނީ މި ގާނޫނުގެ 232 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "މަތީ ދަރަޖައަކަށް ސަލާމަތީ ފިޔަވަޅު އެޅިފައިވާ ތަން" އަށް ދީފައިވަނީ މި ގާނޫނުގެ 230 ވަނަ މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ގެ" އަށް ދީފައިވަނީ މި ގާނޫނުގެ 120 ވަނަ މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ގޭގައި ބަންދުކުރުން" ކަމަށް ބުނެފައި އެވަނީ ދިރިއުޅޭ ހިޔާވައްސެއްގައި އެތަނެއްގެ ސަރަހައްދުން ބޭރަށް ދިއުން މަނާ ވެގެންވާ ގޮތެއްގައި ކުށްވެރިއަކަށްދޭ އަދަބެއްގެ ގޮތުން ބަންދު ކުރުމެވެ.
- "މުޅިން ފުރިހަމަނުވާ ކުށް" ކަމަށް ބުނެފައި އެވަނީ މި ގާނޫނުގެ 80 ވަނަ މާއްދާއާއި 81 ވަނަ މާއްދާއާއި 82 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ކުށަށެވެ.
- "ގާބިލުކަން ނެތް" އަށް ދީފައިވަނީ މި ގާނޫނުގެ 27 ވަނަ މާއްދާގެ (ރ) ގައި ދީފައިވާ މާނަކުރުމެވެ.
- "މީހުން ދިރިއުޅޭ އިމާރާތް" އަށް ދީފައިވަނީ މި ގާނޫނުގެ 221 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
- "ކުށްކުރުމުގެ އާލާތް" އަށް ދީފައިވަނީ މި ގާނޫނުގެ 87 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
- "މަސްތުވުން" އަށް ދީފައިވަނީ މި ގާނޫނުގެ 31 ވަނަ މާއްދާގެ (ރ) ގައި ދީފައިވާ މާނަކުރުމެވެ.
- "އަމިއްލަ އިހްތިޔާރުގައި ނޫންގޮތަކަށް މަސްތުވުން" އަށް ދީފައިވަނީ މި ގާނޫނުގެ 54 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
- "މަނާކޮށްފައިވާ އެއްޗެއް" އަށް ދީފައިވަނީ މި ގާނޫނުގެ 539 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
- "ހުއްދަކުރެވިގެންވާ ދިފާއު" އަދި "ހުއްދަ ހާލަތު" އަށް ދީފައިވަނީ މި ގާނޫނުގެ 40 ވަނަ މާއްދާގެ (ހ) ގައި ދީފައިވާ މާނަކުރުމެވެ.
- "އެނގިހުރުން" ނުވަތަ "އެނގިހުރެގެން" އަށް ދީފައިވަނީ މި ގާނޫނުގެ 24 ވަނަ މާއްދާގެ (ރ) ގައި ދީފައިވާ މާނަކުރުމެވެ.
- "ޖަލްދުކުރުން" އަށް ދީފައިވަނީ މި ގާނޫނުގެ 411 ވަނަ މާއްދާގެ (ޅ) ގެ (3) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ގާނޫނު ތަންފީޒުކުރާ މުވައްޒަފު" އަށް ދީފައިވަނީ މި ގާނޫނުގެ 521 ވަނަ މާއްދާގެ (ރ) ގައި ދީފައިވާ މާނަކުރުމެވެ.
- "ގާނޫނީ ބަލަދުވެރިޔާ" އަށް ދީފައިވަނީ 44 ވަނަ މާއްދާގެ (ބ) ގައި ދީފައިވާ މާނަކުރުމެވެ.
- "ދިވެހިރާއްޖެ" އަށް ދީފައިވަނީ މި ގާނޫނުގެ 13 ވަނަ މާއްދާގެ (ބ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "މާއްދީ އެހީތެރިކަން" އަށް ދީފައިވަނީ މި ގާނޫނުގެ 720 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ކުލީސިފައިން" އަށް ދީފައިވަނީ މި ގާނޫނުގެ 611 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
- "ކުޑަކުއްޖެއް" ކަމަށް ބުނެފައި އެވަނީ އުމުރުން 18 އަހަރު ނުފުރޭ ކޮންމެ ކުއްޖެކެވެ.
- "ނިސްބަތުން ކުޑަ މިންވަރަކަށް ބައިވެރިވި މީހާ" އަށް ދީފައިވަނީ މި ގާނޫނުގެ 30 ވަނަ މާއްދާގެ (ރ) ގެ (4) ވަނަ ނަންބަރުގެ (iii) ގައި ދީފައިވާ މާނަކުރުމެވެ. (އިސްލާހު ކުރެވިފައި)
- "ފައިސާގެ ލިޔުން" އަށް ދީފައިވަނީ މި ގާނޫނުގެ 721 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ވަކި ގޮތަކަށް އަމަލުކުރަން ޖެހޭ ހާލަތްތައް" އަށް ދީފައިވަނީ މި ގާނޫނުގެ 41 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
- "އިހުމާލު" އަށް ދީފައިވަނީ މި ގާނޫނުގެ 24 ވަނަ މާއްދާގެ (ޅ) ގައި ދީފައިވާ މާނަކުރުމެވެ.
- "ދައުވާކުރުމަށް ހުރަހަކަށް ވެދާނެ ދިފާއު" އަށް ދީފައިވަނީ 60 ވަނަ މާއްދާގެ (ހ) ގައި ދީފައިވާ މާނަކުރުމެވެ.
- "މަގްސަދުގެ ރުކުން" އަށް ދީފައިވަނީ މި ގާނޫނުގެ 21 ވަނަ މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރު ގައި ދީފައިވާ މާނަކުރުމެވެ.
- "ހަޑިހުތުރު" އަށް ދީފައިވަނީ މި ގާނޫނުގެ 622 ވަނަ މާއްދާގެ (ރ) ގައި ދީފައިވާ މާނަކުރުމެވެ.
- "ކުށްކުރި މީހާ" ކަމުގައި ބުނެފައި އެވަނީ ކުށެއް ސާބިތުވެފައިވާ ކޮންމެ މީހަކަށެވެ.
- "ރަސްމީ ހައިސިއްޔަތު" އަށް ދީފައިވަނީ މި ގާނޫނުގެ 510 ވަނަ މާއްދާގެ (ނ) ގައި ދީފައިވާ މާނަކުރުމެވެ.
- "ރަސްމީ އިދާރާ" އަށް ދީފައިވަނީ މި ގާނޫނުގެ 520 ވަނަ މާއްދާގެ (ޅ) ގައި ދީފައިވާ މާނަކުރުމެވެ.
- "އިންތިޒާމުކުރި މީހާ" އަދި "އިސްކޮށް ހަރަކާތްތެރިވި މީހާ" އަށް ދީފައިވަނީ މި ގާނޫނުގެ 30 ވަނަ މާއްދާގެ (ރ) ގެ (4) ވަނަ ނަންބަރު ގެ (i) ގައި ދީފައިވާ މާނަކުރުމެވެ.
- "ވެރިފަރާތް" އަށް ދީފައިވަނީ މި ގާނޫނުގެ 216 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
- "ޖިނާއީ ބަންދު" އަށް ދީފައިވަނީ މި ގާނޫނުގެ 537 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "މީހާ" ކަމަށް ބުނެފައި އެވަނީ ފުރާނަ އެޅިގެންވާ ހާލު އުފަންވާ އިންސާނާއާއި އާންމުކޮށް ހިއްސާ ވިއްކާ ކުންފުނިތަކާއި އާންމުކޮށް ހިއްސާ ނުވިއްކާ ކުންފުނިތަކާއި ސަރުކާރާއި ޕާޓްނަރށިޕްތަކާއި އަދި ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިނުވާ ޖަމާއަތްތަކަށެވެ.
- "އަންހެނާގެ އިއްދަ" އަށް ދީފައިވަނީ މި ގާނޫނުގެ 410 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ
- "ލިބިފައިވާ ހުރިހާ ހެއްކެއްގެ ބުރަދަނަށް ބަލައި ސާބިތުކޮށްދިނުން" ކަމަށް ބުނެފައި އެވަނީ ސާފު އަދި ގަބޫލުކުރެވޭ ހެކީގެ މިންގަނޑަށް ވުރެ ދަށު މިންގަނޑެއްގައިވާ ހެއްކެއް އަދި އެ މިންގަނޑުން ކޮށްދޭ ކަމަކީ ލިބިފައިވާ ހެއްކަށް ބަލާއިރު ސާބިތުކުރަން ބޭނުންވާ ކަންތައް އެއީ ދޮގަކަށް ވުމަށްވުރެ ތެދަކަށްވުން ގާތް ކަމަށް ދައްކައިދިނުމެވެ.
- "މީހެއްގެ އަމިއްލަ މައުލޫމާތު" އަށް ދީފައިވަނީ މި ގާނޫނުގެ 232 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "މުދާ" ކަމަށް ބުނެފައި އެވަނީ އުފުލޭ މުދަލާއި ނުއުފުލޭ މުދަލާއި މާއްދީ މުދަލާއި މާއްދީނޫން މުދާ ހިމެނޭ ގޮތުން އެއްވެސް އަގެއް ހުރި ކޮންމެ އެއްޗަކަށެވެ. އަދި އޭގެ ތެރޭގައި ހިމެނޭ މުދަލާއި ހިދުމަތާއި އެކިއެކި މުދަލުގެ މައްޗަށް އުފެދޭ ހައްގާއި މުދަލުގެ މައްޗަށް އުފެދޭ ބާރާއި ކޮންޓްރެކްޓެއްގެ ދަށުން ލިބިދޭ ބާރާއި ހައްގާއި މުއާސަލާތަށް ނުވަތަ ވަސީލަތްތަކަށް ނުވަތަ މައުލޫމާތަށް ނުވަތަ އެކިއެކި ހިދުމަތްތައް ހޯދުމަށް އޮތް ހައްގާއި ހިފާފައިވާ ނުވަތަ އޮޅުކޮށްފައިވާ ޖަނަވާރާއި މުދަލެއްގައި އޮތް ހައްގު އަންގައިދޭ ރަސްމީ ލިޔުންތަކަށެވެ. އޭގެ ތެރޭގައި ޓިކެޓާއި، ގޯތީގެ ލިޔުންތަކާއި، އެކިއެކި މިލްކުވެރިކަމުގެ ލިޔުންތަކާއި، ހުއްދަތައް ހިމެނެއެވެ.
- "އަނެކާގެ މުދާ" އަށް ދީފައިވަނީ މި ގާނޫނުގެ 211 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
- "މަގްސަދު" އަށް ދީފައިވަނީ މި ގާނޫނުގެ 24 ވަނަ މާއްދާގެ (ނ) ގައި ދީފައިވާ މާނަކުރުމެވެ.
- "ޕިރަމިޑް ސޭލްސް ސްކީމް" އަށް ދީފައިވަނީ މި ގާނޫނުގެ 319 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
-
"އަމަލީ ގޮތުން ޔަގީންކުރެވޭ މިންވަރަށް" ކުށް ސާބިތުވުން ކަމަށް ބުނެފައި އެވަނީ، ހެކީގެ މިންގަނޑުތަކުގެ އެންމެ މަތީ ދަރަޖައިގެ ހެކިބަހުން ސާބިތުވާ ސާބިތުވުމަށެވެ. އަދި އެ މިންގަނޑުން ކޮށްދޭ ކަމަކީ ސާބިތުކުރުމަށް ބޭނުންވާކަމުގެ ތެދުކަމާމެދު އެކަށީގެން ނުވާ ގޮތުގައި އެއްވެސް ށައްކެއް އުފެދޭނެ ފުރުސަތެއް ނުދިނުމެވެ. (އިސްލާހު ކުރެވިފައި)
- "ފަރުވާކުޑަކުރުން" ނުވަތަ "ފަރުވާކުޑަ އަމަލު" ނުވަތަ "ފަރުވާލެއް ނެތުން" އަށް ދީފައިވަނީ މި ގާނޫނުގެ 24 ވަނަ މާއްދާގެ (ބ) ގައި ދީފައިވާ މާނަކުރުމެވެ.
- "ހިފެހެއްޓުން" އަށް ދީފައިވަނީ މި ގާނޫނުގެ 140 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ނަތީޖާގެ ރުކުން" އަށް ދީފައިވަނީ މި ގާނޫނުގެ 21 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ސެމީއޮޓޮމެޓިކް ބަޑި" އަށް ދީފައިވަނީ މި ގާނޫނުގެ 710 ވަނަ މާއްދާގެ (ރ) ގެ (5) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ހަށިގަނޑަށް ލިބޭ ބޮޑެތި އަނިޔާ" ކަމަށް ބުނެފައި އެވަނީ މަރުވުން ނުވަތަ މަރުވެދާނެކަމުގެ ބިރު އުފެދުން ނުވަތަ ތިމާގެ ހަށިގަނޑުގެ ބަޔަކަށް ނުވަތަ ގުނަވަނަކަށް އުނިކަމެއް ނުވަތަ ގެއްލުމެއް ނުވަތަ އައިބުކަމެއް ދާއިމީ ގޮތުގައި ލިބިދީފާނެ ބޮޑެތިއަނިޔާއަށެވެ.
- "ހިދުމަތް" އަށް ދީފައިވަނީ މި ގާނޫނުގެ 214 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
- "ޖިންސީ އަމަލު" އަށް ދީފައިވަނީ މި ގާނޫނުގެ 131 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
- "ރޭޕްކުރުން" އަށް ދީފައިވަނީ މި ގާނޫނުގެ 130 ވަނަ މާއްދާގެ (ނ) ގައި ދީފައިވާ މާނަކުރުމެވެ. (އިސްލާހު ކުރެވިފައި)
- "ދައުލަތް" އަށް ދީފައިވަނީ މި ގާނޫނުގެ 13 ވަނަ މާއްދާގެ (ބ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "އެއްޗެހި ރައްކާކުރާ ތަން" އަށް ދީފައިވަނީ މި ގާނޫނުގެ 230 ވަނަ މާއްދާގެ (ރ) ގެ (3) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ކުށުގެ ޒިންމާ އުފުލުމަށް ކުށުގެ އަމަލު އެކަނި ފުދުން" ކަމަށް ބުނެފައި އެވަނީ މި ގާނޫނުގެ 24 ވަނަ މާއްދާގެ (ވ) ގައި ދީފައިވާ މާނަކުރުމެވެ.
- "އެކަށީގެންވާ ފިޔަވަޅު" ކަމަށް ބުނެފައި އެވަނީ މި ގާނޫނުގެ 80 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ
- "މާއްދީ ކުށް" ކަމަށް ބުނެފައި އެވަނީ މި ގާނޫނުގެ 80 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ފުރިހަމަނުވާ ކުށެއްގެ ތެރޭގައި ނުހިމެނޭ ކޮންމެ ކުށަކަށެވެ.
- "އަމިއްލައަށް މަރުވުން" އަށް ދީފައިވަނީ މި ގާނޫނުގެ 113 ވަނަ މާއްދާގެ (ނ) ގައި ދީފައިވާ މާނަކުރުމެވެ.
- "ބެހުން" އަށް ދީފައިވަނީ މި ގާނޫނުގެ 220 ވަނަ މާއްދާގެ (ބ) ގައި ދީފައިވާ މާނަކުރުމެވެ.
- "ވަގުތީ ބޭނުން" އަށް ދީފައިވަނީ މި ގާނޫނުގެ 217 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
- "ކުންފުނީގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިނުވާ ޖަމާއަތް" އަށް ދީފައިވަނީ މި ގާނޫނުގެ 70 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ބާރުގެ ބޭނުންކުރުން ހުއްދަވެގެންނުވާ" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 45 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ގާނޫނު ހުއްދަ ނުކުރާ ގޮތެއްގެމަތިން އަތުގައި އެއްޗެއް ބެހެއްޓުން" ކަމަށް ބުނެފައި އެވަނީ މި ގާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
- އަގު" އަށް ދީފައިވަނީ މި ގާނޫނުގެ 210 ވަނަ މާއްދާގެ (ރ) ގައި ދީފައިވާ މާނަކުރުމެވެ.
- "އަނިޔާވެރި ކުށް" އަށް ދީފައިވަނީ މި ގާނޫނުގެ 110 ވަނަ މާއްދާގެ (ބ) ގައި ދީފައިވާ މާނަކުރުމެވެ.
- "މުހިންމު އާންމު ތަންތަން" އަށް ދީފައިވަނީ މި ގާނޫނުގެ 221 ވަނަ މާއްދާގެ (ރ) ގައި ދީފައިވާ މާނަކުރުމެވެ.
- "އަމިއްލަ އިހްތިޔާރުގައި މަސްތުވުން" ކަމަށް ބުނެފައި އެވަނީ މި ގާނޫނުގެ 31 ވަނަ މާއްދާގެ (ނ) ގައި ދީފައިވާ މާނަކުރުމެވެ.
- "ލިޔުން" އަށް ދީފައިވަނީ މި ގާނޫނުގެ 310 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
- "އެކަށީގެންވާ މިންވަރުގެ ށައްކެއް ނުކުރެވޭނެ މިންވަރު" ނުވަތަ "އެކަށީގެންވާ ށައްކެއް ނެތް މިންވަރު" ކަމަށް ބުނެފައި އެވަނީ، ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު، ކަމަކާމެދު ލިބިފައިވާ ކަށަވަރުކަމާމެދު އެހެން ގޮތަކަށް ވިސްނުމަށް ފުދޭވަރުގެ، އެކަށީގެންވާ ސަބަބެއް ނެތުމަށެވެ. (އިތުރު ކުރެވިފައި)
އުވާލެވޭ ގާނޫނު
18 ވަނަ މާއްދާ - އުވާލެވޭ ގާނޫނު
(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމުން، ގާނޫނު ނަންބަރު 1981-01 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު (ޕީނަލްކޯޑު) ޗެޕްޓަރ 1) އާއި، ގާނޫނު ނަންބަރު 21981-01 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު ޗެޕްޓަރ 2) އާއި، ގާނޫނު ނަންބަރު 1966-01 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު ޗެޕްޓަރ 3) އާއި، ގާނޫނު ނަންބަރު 1968-10 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު ޗެޕްޓަރ 4) އުވުނީއެވެ.
(ށ) މި މާއްދާގެ (ހ) ގައި އުވުނީކަމުގައި ކަނޑައަޅާފައިވާ ގާނޫނުގެ ބައިތަކުގެ އިތުރުންވެސް، މި ގާނޫނަށް އަމަލުކުރަން ފަށާއިރު، މި ގާނޫނުގައި ކަނޑައެޅިފައިވާ ކުށަކާއި އެކުށަކާ ގުޅުންހުރި އުސޫލަކާއި، އެހެން ގާނޫނެއްގައި ނުވަތަ ގާނޫނުގެ ބައެއްގައި ކަނޑައެޅިފައިވާ ކުށަކާއި ނުވަތަ އެކުށަކާ ގުޅުންހުރި އުސޫލަކާ އެއްވެސް ފުށުއެރުމެއްވާނަމަ، އެ ހާލަތުގައި އިސްކަންދޭނީ މި ގާނޫނަށެވެ.
(ނ) ޖިނާއީ ކުށްތައް ކަނޑައެޅިފައިވާ މި ގާނޫނު ފިޔަވައި އެހެނިހެން ގާނޫނުތަކާއި ގާނޫނުތަކުގެ ބައިތަކުގެ ތެރެއިން، މި ގާނޫނާއި ތައާރުޒުވާ ގާނޫނުތަކާއި ގާނޫނުތަކުގެ ބައިތަކުގެ ތެރެއިން އުވާލަންޖެހޭ ނުވަތަ އިސްލާހުކުރަންޖެހޭ ގާނޫނުތަކާއި ގާނޫނުތަކުގެ ބައިތައް ފާހަގަކޮށް އެފަދަ ގާނޫނުތަކާއި ގާނޫނުތަކުގެ ބައިތަކުގެ ލިސްޓެއް ސަރުކާރުން އެކުލަވާލައި، މި ގާނޫނަށް އަމަލުކުރަން ފަށާނެކަމަށް މި ގާނޫނުގެ 10 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ތާރީހުގެ 6 މަސްދުވަހުގެ ކުރިން، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެފަދަ ގާނޫނުތަކާއި ގާނޫނުތަކުގެ ބައިތަކާމެދު އަމަލުކުރާނެ ގޮތެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރަންވާނެއެވެ.
(ރ) މި ގާނޫނުގެ 10 ވަނަ މާއްދާގެ (ރ) އާއި މި މާއްދާގެ (ށ) ގައި ބަޔާންކުރެވިފައިވާ ހާލަތްތަކުގައި އަންނަނިވި ގާނޫނުތަކަށް މި ގާނޫނުގެ މައްޗަށް އިސްކަންލިބިގެންވެއެވެ. ނަމަވެސް މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، އެއިން ގާނޫނެއްގެ ދަށުން ހުށަހެޅޭ ދައުވާއެއްގައިވެސް، މި ގާނޫނުގެ 40 ވަނަ ބާބާއި (ހުއްދަކުރެވިގެންވާ ދިފާއު)، 50 ވަނަ ބާބާއި (މައާފު ލިބެނިވި ދިފާއު) އަދި 60 ވަނަ ބާބުގައި (ދައުވާ ކުރުމަށް ހުރަހަކަށް ވެދާނެ ދިފާއު) ބަޔާންކޮށްފައިވާ އާންމު ދިފާއުތަކުގެ ފައިދާ، ދައުވާލިބޭ މީހާއަށް ލިބިގެންވެއެވެ. (އިތުރު ކުރެވިފައި)
- ގާނޫނު ނަންބަރު 2009-12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު)؛
- ގާނޫނު ނަންބަރު 2010-17 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު)؛
- ގާނޫނު ނަންބަރު 2011-17 (މަސްތުވާތަކެއްޗާބެހޭ ގާނޫނު)؛
- ގާނޫނު ނަންބަރު 2013-12 (މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނު)؛
- ގާނޫނު ނަންބަރު 2013-13 (އެންޓި ޓޯޗަރ ގާނޫނު)؛
- ގާނޫނު ނަންބަރު 2014-10 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު)؛
- ގާނޫނު ނަންބަރު 2014-17 (ޖިންސީ ކުށުގެ ގާނޫނު).
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކުރެވިފައިވާ ގާނޫނުތަކުގައިވާ ކުށްތަކާއި އެ ކުށްތަކާ ގުޅުންހުރި އުސޫލުތައް މި ގާނޫނުގައި ހިމެނިފައިވާ ގޮތް މުރާޖައާކުރުމަށްފަހު، އެ ގާނޫނުތައް އުވާލުމާމެދު، ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުފޫބާތު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ގޮތެއް ކަނޑައަޅަންވާނެއެވެ. (އިތުރު ކުރެވިފައި)
20 ވަނަ ބާބު
ކުށުގެ ޒިންމާއުފުލުމުގެ އަސާސީ މިންގަނޑުތަކާއި ކުށުގެ ޒިންމާ އަދި ކުށުން
ކުރިމަތިވާ ގެއްލުމުގެ ޒިންމާއުފުލުމާ ގުޅޭ ދިފާއުތައް
20 ވަނަ މާއްދާ - ކުށުގެ ޒިންމާއުފުލުމުގެ އަސާސް
21 ވަނަ މާއްދާ - ކުށުގެ ރުކުންތައް ކަނޑައެޅުން
22 ވަނަ މާއްދާ - އަމަލާއި އެ އަމަލުގެ ނަތީޖާއާ ދެމެދު ގުޅުން ހުރުން
23 ވަނަ މާއްދާ - އަމަލެއް ކުރުމުން އުފެދޭ ޒިންމާ؛ އަތުގެ ވެރިކަމުން އުފެދޭ ޒިންމާ؛ ކަމެއް ނުކޮށް ދޫކޮށްލުމުން އުފެދޭ ޒިންމާ
24 ވަނަ މާއްދާ - ކުށުގެ ނިޔަތާ ގުޅޭ ރުކުންތައް
25 ވަނަ މާއްދާ - ނޭނގުމެއްގައި ނުވަތަ އޮޅުމަކުން ކުރާ ކަންތަކުން ކުށުގެ ނިޔަތް ނެތިދިއުން
26 ވަނަ މާއްދާ - ސިކުނޑީގެ ބައްޔެއްގެ ނުވަތަ އުނިކަމެއްގެ ސަބަބުން ކުށުގެ ނިޔަތް ނެތިދިއުން
27 ވަނަ މާއްދާ - ރުހުން
28 ވަނަ މާއްދާ - އާންމު އުސޫލެއްގެ ގޮތުން ދެވޭ ހުއްދަ؛ ރައްޔިތުންގެ މަޖިލީހުން ކުށެއްކަމުގައި ބަލައި މަނާކޮށްފައި ނުވާ އަމަލު
29 ވަނަ މާއްދާ - މާނަކުރުން
ކުށުގެ ޒިންމާއުފުލުމުގެ އަސާސް
20 ވަނަ މާއްދާ - ކުށުގެ ޒިންމާ އުފުލުމުގެ އަސާސް
މި ބާބުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބުނެފައިނުވާހާހިނދަކު، މީހަކު ކުށެއްގެ ޒިންމާއުފުލަންޖެހޭނީ އަންނަނިވި ހާލަތްތަކުގައެވެ:
(ހ) ކުށުގެ ރުކުންތައްކަމުގައި ބަޔާންކޮށްފައިވާ ހުރިހާ ރުކުނެއް އޭނާގެ އަމަލުން ފުރިހަމަވާ ކަންކަން، ނުވަތަ އެ ރުކުންތައް ކަނޑައެޅިގެން ފުރިހަމަނުވިނަމަވެސް، އެ ފުރިހަމަނުވާ އެންމެހައި ރުކުންތައް، މި ގާނޫނުގެ 30 ވަނަ ބާބުގެ މާއްދާއަކުން އޭނާއަށް ނިސްބަތްކުރެވިގެންވާ ކަންކަން؛ އަދި
(ށ) ކުށުގެ ޒިންމާއުފުލުމުން ބަރީއަވެވޭނެ ކަމަށް ބަޔާންކޮށްފައިވާ އިސްތިސްނާ ކަންކަމަށް، ކުށުގެ އަމަލު ފެތުމުގައި ފުރިހަމަވާން ޖެހޭ ށަރުތުތައް ފުރިހަމަނުވުން؛ އަދި
(ނ) މި ގާނޫނުގެ ފުރަތަމަ ބައިގައި ކުށެއްގެ ދިފާއުކަމަށް ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކަމަކަށް، ކުށުގެ އަމަލު ފެތުމުގައި ފުރިހަމަވާންޖެހޭ ށަރުތުތައް ފުރިހަމަނުވުން.
ކުށުގެ ރުކުންތައް ކަނޑައެޅުން
21 ވަނަ މާއްދާ - ކުށުގެ ރުކުންތައް
(ހ) ކުށެއްގެ ރުކުންތައް ކަމަށް ބުނެފައި އެވަނީ އަންނަނިވި ރުކުންތަކަށެވެ:
- އެ ކުށް ކުރުމުގެ މަގްސަދާ ގުޅޭ ރުކުންތައް ކަމުގައި ބެލެވޭ:
- ކުށްކުރި މީހާގެ އަމަލު؛ ނުވަތަ
- ހާލަތްތައް؛ ނުވަތަ
- އަމަލުން ނުކުތް ނަތީޖާ؛ އަދި
- ކުށް މާނަކުރުމުގައި ނުވަތަ ކުށުގެ ދަރަޖަ ކަނޑައެޅުމާބެހޭ މާއްދާގައި އެކަށައަޅާފައިވާ ގޮތުގެމަތިން، "ކުށުގެ ނިޔަތާ ގުޅޭ ރުކުންތައް" މި ސުރުހީގެ ދަށުގައި، މި ގާނޫނުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ކުށުގެ ނިޔަތާ ގުޅޭ ރުކުންތައް".
(ށ) މާނަކުރުން
- "ކުށްކުރި މީހާގެ އަމަލުގެ ރުކުން" ކަމަށް ބުނެފައި އެވަނީ، ކުށެއް މާނަކުރެވިގެންވާއިރު، އެ ކުށެއް ކުރުމަށްޓަކައި މީހަކު ކުރަންޖެހޭ ނުވަތަ ނުކޮށް ދޫކޮށްލަންޖެހޭ އަމަލާ ބެހޭގޮތުން، އެ ކުށެއް މާނަކުރުމުގައި ހިމެނިގެންވާ ބަޔަކަށެވެ.
- "ހާލަތުގެ ރުކުން" ކަމަށް ބުނެފައި އެވަނީ، ކުށެއް މާނަކުރެވިގެންވާއިރު، އަމަލުގެ ރުކުނަކަށް ނުވާ ގޮތުން ނުވަތަ ނަތީޖާގެ ރުކުނަކަށް ނުވާ ގޮތުން، އެކަމަކު އެ ކުށުގެ މަގްސަދުގެ ރުކުނަކާ ބެހޭ ގޮތުން، އެ ކުށެއް މާނަ ކުރުމުގައި ހިމެނިގެންވާ ބަޔަށެވެ.
- "ނަތީޖާގެ ރުކުން" ކަމަށް ބުނެފައި އެވަނީ، ކުށެއް މާނަކުރެވިގެންވާއިރު، މީހެއްގެ އަމަލުގެ ސަބަބުން ބަދަލުވެގެންދިޔަ ހާލަތާ ބެހޭ ގޮތުން، އެ ކުށެއް މާނަ ކުރުމުގައި ހިމެނިގެންވާ ބަޔަށެވެ.
- ކުށެއްގެ "މަގްސަދުގެ ރުކުން" ތަކުގެ ތެރޭގައި، އެ ކުށް މާނަކުރެވިގެންވާއިރު، އެ މާނަކުރުމުގައި އަމަލުގެ ރުކުނާއި، ހާލަތުގެ ރުކުނާއި، ނަތީޖާގެ ރުކުން ހިމެނެއެވެ. އެހެންނަމަވެސް، މަގްސަދުގެ ރުކުންތަކުގެ ތެރޭގައި، ކުށުގެ ނިޔަތުގެ ރުކުންތަކެއް ނުހިމެނެއެވެ.
އަމަލާއި އެ އަމަލުގެ ނަތީޖާއާ ދެމެދު ގުޅުން ހުރުން
22 ވަނަ މާއްދާ - އަމަލާއި ނަތީޖާއާ ދެމެދު ހުންނަން ޖެހޭ ގުޅުމުގެ މިންގަނޑުތައް
(ހ) މީހެއްގެ އަމަލުން ނުކުތް ނަތީޖާއަކީ، އެ އަމަލުގެ ނަތީޖާ ކަމުގައި ބަލާނީ އަންނަނިވި ހާލަތްތަކުގައެވެ:
- އެ ނަތީޖާއަކީ، މީހަކު ކުރި ވަކި އަމަލަކުން ނޫން ގޮތަކަށް ނުކުންނާނެ ނަތީޖާއަކަށް ނުވުން؛ އަދި
- ދައުވާ ރައްދުވާ މީހާ އުފުލަންޖެހޭ ޒިންމާއަށް، ނުވަތަ އޭނާގެ މައްޗަށް ދައުވާ ކުރެވޭ ކުށުގެ ނިސްބަތަށްބަލާއިރު އެ ނަތީޖާއަކީ އެ އަމަލާ މާބޮޑު ގުޅުމެއްނެތް ނަތީޖާއެއްކަމުގައި ނުވުމާއި، އޭގެ ޒާތުގައި މީހެއްގެ ވަކި އަމަލަކާ ނުލައި ހިނގި ކަމަކަށް ނުވުމާއި، އެހެން މީހެއްގެ އަމިއްލަ އިހްތިޔާރުގައި ކުރާ އަމަލަކާ މާބޮޑު ގުޅުމެއް ނެތް ނަތީޖާއަކަށްވުން.
(ށ) ދެ މީހަކު ކުރާ ވަކި ދެ ކަމަކުން އެއް ނަތީޖާއެއް ނުކުތުން
ދެ މީހަކު ނުވަތަ އެއަށް ވުރެ ގިނަ ބަޔަކު ވަކިވަކިން ކުރާ އަމަލެއްގެ ސަބަބުން ވަކި ނަތީޖާއެއް ނުކުމެއްޖެ ހިނދެއްގައި، އަދި އެއިން އެކަކު ކުރާ އަމަލެއްގެ ސަބަބުންވެސް އެ ނަތީޖާ ނުކުތުމަކީ އެކަށީގެންވާ ކަމެއްކަމުގައި ވާނަމަ، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި އެވާ ހާލަތަށް އެއިން ކޮންމެ މީހެއްގެ އަމަލުވެސް، ފެތޭކަމުގައި ބެލެވޭނެއެވެ.
އަމަލެއް ކުރުމުން އުފެދޭ ޒިންމާ؛ އަތުގެ ވެރިކަމުން އުފެދޭ ޒިންމާ؛
ކަމެއް ނުކޮށް ދޫކޮށްލުމުން އުފެދޭ ޒިންމާ
23 ވަނަ މާއްދާ - ޒިންމާ އުފުލުމުގެ މިންގަނޑުތައް
(ހ) ކުށުގެ ޒިންމާ އުފުލުން، އަމަލެއްގެ މައްޗަށް އެކަނިވެސް ބުރަވެފައި އޮވެދާނެއެވެ. އެގޮތުން، އެ އަމަލުގެ މާނައިގައި، ކުރާ ކަންކަން، ނުވަތަ ގާނޫނު ހުއްދަނުކުރާ ގޮތެއްގެ މަތިން އަތުގައި އެއްޗެއް ބެހެއްޓުން، ނުވަތަ އުފުލަންޖެހޭކަމަށް ގާނޫނުގައި ބަޔާންކުރާ ޒިންމާއެއް ނުއުފުލައި ދޫކޮށްލުން ހިމެނެއެވެ.
(ށ) ގާނޫނު ހުއްދަ ނުކުރާ ގޮތެއްގެ މަތިން، އަތުގައި އެއްޗެއް ބެހެއްޓުން
އަތުގައި އެއްޗެއް ބަހައްޓައިގެން މީހަކު ކުށުގެ ޒިންމާ އުފުލަންޖެހޭނީ އެ މީހަކަށް އެނގިހުރެ، އަންނަނިވި ކަންކަމުންކުރެ ކަމެއް އޭނާ ކުރާ ހާލަތުގައި، އެކަންޏެވެ.
- އަތުގައި އެއްޗެއް އޮވެ އެ އެއްޗަކީ އޭނާ ހޯދި، ނުވަތަ އޭނާ ބަލައިގަތް އެއްޗަކަށްވުން؛ ނުވަތަ
- އަތުގައި އެއްޗެއް އޮވެ އެ އެއްޗެއް އަތުން ދޫކޮށްލުމަށް އެކަށީގެންވާ ވަގުތު ލިބިމެ، އެ އެއްޗެއް އޭނާގެ އަތުގައި އޮތުން.
(ނ) ކަމެއް ނުކޮށް ދޫކޮށްލުމުން ކުށްވެރިވާ ހާލަތު
ކަމެއް ނުކޮށް ދޫކޮށްލުމުގެ ނަތީޖާއަކީ ކުށެއްކަމުގައި ބަޔާންކުރާ ހިނދު، އެ ކުށަށް، އަންނަނިވި ހާލަތްތަކުގައި، އެމީހަކު ޒިންމާ އުފުލަންޖެހޭނެއެވެ.
- މި ގާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ނަތީޖާ ނުކުތީ، އެމީހަކު ކުރަންޖެހޭ ކަމެއް ނުކުރުމުންކަމަށް ވުމާއި؛ އަދި
- އެމީހަކު ނުކޮށް ދޫކޮށްލި ކަމަކީ، ގާނޫނީގޮތުން އެމީހަކު ކުރުމަށް ލާޒިމު ކުރާ ކަމެއްކަމުގައިވުން؛ އަދި
- ކުށުގެ ރުކުންތައްކަމުގައި ކަނޑައަޅާފައިވާ އެހެނިހެން ކަންކަން ފުރިހަމަވުން.
ކުށުގެ ނިޔަތާ ގުޅޭ ރުކުންތައް
24 ވަނަ މާއްދާ - ކުށުގެ މަގްސަދާ ގުޅޭ ކޮންމެ ރުކުނަކާ ގުޅިގެން ކުށުގެ ނިޔަތް އޮތުން
(ހ) ކުށުގެ މަގްސަދާގުޅޭ ރުކުންތަކުގެ ތެރެއިން ކޮންމެ ރުކުނަކާ ގުޅިގެން ކުށުގެ ނިޔަތް އޮތްކަމަށް ސާބިތުނުވާހާހިނދަކު، ދައުވާ ރައްދުވާ މީހާގެ މައްޗަށް ދައުވާއުފުލިފައިވާ ކުށުން، އޭނާ ކުށްވެރިވާކަމުގައެއް ނުބެލެވޭނެއެވެ.
(ށ) ކުށްކުރިއިރު ކުށުގެ ނިޔަތް އޮތުން
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ ނިޔަތް، ކުށްކަމުގައި ބެލެވޭ އަމަލުކުރި ވަގުތުގައި، އޮންނަން ވާނެއެވެ.
(ނ) މަގްސަދު
އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުތައް ކުރާމީހާ، އެކަން އެކުރަނީ ވަކި މަގްސަދެއް އޮވެގެންކަމުގައި ބެލެވޭނެއެވެ.
- އަމަލުގެ ރުކުނާއި، ނަތީޖާގެ ރުކުނާ ގުޅޭ ގޮތުންކަމަށް ވާނަމަ، ކަނޑައެޅިގެން އޭނާގެ މަގްސަދަކީ އެ އަމަލެއް ކުރުން ކަމުގައިވުން، ނުވަތަ އެ ނަތީޖާ ހާސިލުކުރުން ކަމުގައިވުން؛
- ހާލަތުގެ ރުކުނާ ގުޅޭގޮތުންކަމަށް ވާނަމަ، ވަކި ހާލަތެއް ދެމިއޮތްކަން އޭނާއަށް އެނގިގެންވުން، ނުވަތަ އެ ހާލަތެއް ދެމިއޮތްކަމަށް އޭނާ ގަބޫލުކުރުން، ނުވަތަ އެ ހާލަތު ދެމިއޮތުމަށް އޭނާ އުންމީދުކުރުން؛
- ވަކި ކަމެއް ފުރިހަމަވުމުން ނުވަތަ ވަކި ކަމެއްގެ މައްޗަށް ބިނާކޮށް ކުށުގެ އަމަލެއް ހިންގުމުގެ މަގްސަދު އޮތް މީހެއްގެ އެ މަގްސަދުވެސް، މި މާއްދާގައި ބަޔާންވެގެންވާ މަގްސަދުގެ ދާއިރާގެ ތެރޭގައި ހިމެނިގެންވެއެވެ. އެކަމަކު، އެއީ، އޭނާގެ މައްޗަށް ދައުވާ އުފުލިފައިވާ ކުށް ކަނޑައަޅާފައިވާ ގާނޫނުން މަނާކުރާ ގެއްލުންދިނުމުގެ، ނުވަތަ އެ ގާނޫނުން މަނާކުރާ އަމަލު ހިންގުމުގެ މަގްސަދެއް ނެތްކަން، ސާބިތުކޮށްނުދެވޭހާ ހިނދަކުއެވެ.
(ރ) އެނގިހުރުން
އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލު ކުރާ މީހާ، އެކަން އެކުރަނީ އެނގިހުރެގެންކަމުގައި ބެލެވޭނެއެވެ:
- އަމަލުގެ ރުކުނާ ގުޅޭގޮތުންކަމުގައި ވާނަމަ، އޭނާ އެކުރާ އަމަލަކީ އެޒާތުގެ ނުވަތަ އެބާވަތުގެ އަމަލެއްކަން އޭނާއަށް އެނގިގެންވުން؛
- ހާލަތުގެ ރުކުނާ ގުޅޭގޮތުން ކަމުގައި ވާނަމަ، އެފަދަ ހާލަތެއް ދެމިއޮތުމުގެ އެކަށީގެންވާ ފުރުސަތު އޮތްކަން އޭނާއަށް އެނގިގެންވުން؛
- ނަތީޖާގެ ރުކުނާ ގުޅޭގޮތުން ކަމުގައި ވާނަމަ، އޭނާ އެ ކުރާ އަމަލަކީ، އަމަލީގޮތުން ބަލާއިރު އޭގެ ޒާތުގައި، ވަކި ނަތީޖާއެއް ނުކުންނާނެ އަމަލެއްކަން އޭނާއަށް އެނގިގެންވުން.
(ބ) ފަރުވާކުޑަ އަމަލު
އަންނަނިވި ހާލަތްތަކުގައި، ކުށުގެ މަގްސަދުގެ ރުކުނާ ގުޅޭގޮތުން، މީހަކު ފަރުވާކުޑަ އަމަލެއް ކޮށްފިކަމުގައި ބެލެވޭނެއެވެ.
- މަގްސަދުގެ ރުކުން އެބައޮތްކަން އެނގިހުރެ ނުވަތަ އޭނާގެ އަމަލުން އެރުކުން މެދުވެރިވެދާނެކަމުގެ ނުރައްކާ ބޮޑުކަމާއި، އެނުރައްކަލާ ކުރިމަތިލާން ޖެހޭ މަގްބޫލު ސަބަބެއް ނެތްކަން އޭނާއަށް އެނގިހުރެ، އެނުރައްކަލަށް ފަރުވާލެއް ނުބެހެއްޓުން؛ އަދި
- އޭނާ ކުރި އަމަލުގެ ޒާތަށާއި މަގްސަދަށް ބަލާއިރު އަދި އޭނާއަށް އެނގިގެންވާ ހާލަތްތަކަށް ބަލާއިރު، އެފަދަ އަމަލަކުން ނުކުމެދާނެ ނުރައްކަލުގެ ޒާތަށާއި މިންވަރަށް ފަރުވާލެއް ނުބެހެއްޓުމަކީ، އެފަދަ ހާލަތެއްގައި ހުރި މީހަކު އަމަލުކުރާނޭކަމަށް ގަބޫލުކުރެވޭ ހަމަތަކާ މުޅިން ތަފާތުގޮތަކަށް ކުރި އަމަލެއް ކަމުގައިވުން.
(ޅ) އިހުމާލު
އަންނަނިވި ހާލަތްތަކުގައި، ކުށުގެ މަގްސަދުގެ ރުކުނާ ގުޅޭގޮތުން މީހަކު އިހުމާލުވެއްޖެކަމުގައި ބެލެވޭނެއެވެ.
- މަގްސަދުގެ ރުކުން އެބައޮތްކަން ނުވަތަ އޭނާގެ އަމަލުން އެރުކުން މެދުވެރިވެދާނެކަމުގެ ނުރައްކާ ބޮޑުކަމާއި، އެ ނުރައްކަލާ ކުރިމަތިލާންޖެހޭ މަގްބޫލު ސަބަބެއް ނެތްކަން އޭނާއަށް އެނގެންޖެހޭފަދަ މަގާމެއްގައި ހުރުން؛
- އޭނާ ކުރި އަމަލުގެ ޒާތަށާއި މަގްސަދަށް ބަލާއިރު އަދި އޭނާއަށް އެނގިގެންވާ ހާލަތްތަކަށް ބަލާއިރު، އެފަދަ އަމަލަކުން ނުކުމެދާނެ ނުރައްކަލުގެ ޒާތާއި މިންވަރު ވިސްނައިނުގަނެވުމަކީ، އެފަދަ ހާލަތެއްގައި ހުރި މީހަކު އަމަލުކުރާނެކަމަށް ގަބޫލުކުރެވޭ ހަމަތަކާ މުޅިން ތަފާތު ގޮތަކަށްވުން.
(ކ) ކުށުގެ ނިޔަތުގެ މަތީ ދަރަޖަ ސާބިތުވުމުން، ދަށުގެ ދަރަޖަތައް ސާބިތުވުން
ކުށުގެ ނިޔަތުގެ މަތީ ދަރަޖައެއް ސާބިތުވާކަމުގައި ވާނަމަ، އޭގެ އެއަށްވުރެ ދަށު ދަރަޖަތައްވެސް ސާބިތުވާކަމަށް ބެލެވޭނެއެވެ. ކުށުގެ ނިޔަތް ސާބިތުކުރުމުގައި ބަލާނެ މިންގަނޑުތައް ތިރީގައި އެވަނީއެވެ:
- ކަމެއްގެ މަގްސަދު އޮތްކަން ސާބިތުކޮށްދިނުމުން އެކަމެއް އެނގިހުރިކަން ސާބިތުވާނެއެވެ؛
- ކަމެއްގެ މަގްސަދު އޮތްކަން ނުވަތަ އެކަމެއް އެނގިހުރިކަން ސާބިތުވުމުން ފަރުވާކުޑަ އަމަލެއް ކުރިކަން ސާބިތުވާނެއެވެ.
- ކަމެއްގެ މަގްސަދު އޮތްކަން ނުވަތަ އެކަމެއް އެނގިހުރިކަން ނުވަތަ އެކަމާމެދު ފަރުވާކުޑަކުރިކަން ސާބިތުވުމުން އިހްމާލުވެއްޖެކަމަށް ސާބިތުވާނެއެވެ.
(އ) ކުށުގެ ނިޔަތުގެ ދަރަޖައެއް ބަޔާންކޮށްފައި ނުވާނަމަ ބަލާނެ މިންގަނޑު
ކުށުގެ މަގްސަދުގެ ރުކުނަކާ ގުޅޭގޮތުން ސާބިތުކުރުމަށް ބޭނުންވާ ކުށުގެ ނިޔަތުގެ މިންގަނޑު، އެ ކުށް ކަނޑައެޅުމުގައި ބަޔާންކޮށްދީފައިނުވާނަމަ، ނުވަތަ އެ ކުށުގެ ދަރަޖަ ކަނޑައަޅާ މާއްދާގައި ބަޔާންކޮށްދީފައިނުވާނަމަ، އެ ރުކުނަކާ ގުޅޭ ގޮތުން ކުށުގެ ނިޔަތް ސާބިތުކޮށްދިނުމަށް ބޭނުންވާނެ އެންމެ ކުޑަ މިންވަރަކީ، އެ ކުށް ކުރި މީހާ ފަރުވާކުޑަކުރިކަން ސާބިތުކޮށްދިނުމެވެ.
(ވ) ކުށުގެ ޒިންމާ އުފުލުމަށް ކުށުގެ އަމަލު އެކަނި ފުދޭ ހާލަތު
ކުށުގެ މަގްސަދުގެ ރުކުނަކާ ގުޅޭ ގޮތުން ޒިންމާ އުފުލުމަށް ކުށުގެ އަމަލު އެކަނި ފުދޭ ހާލަތުގައި، މި މާއްދާގެ (އ) ގައި ބަޔާންކޮށްދީފައިވާ ފަދައިން ކުށުގެ ނިޔަތް ސާބިތުވުމަކީ، އަންނަނިވި ކުށްކުށް ސާބިތުކުރުމުގައި ބޭނުން މިންގަނޑެއް ނޫނެވެ:
- ކުރި ކުށަކީ މުހާލަފާތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައިވުން؛ ނުވަތަ
- އެ ކުށަކީ މި ގާނޫނު ނޫން އެހެން ގާނޫނެއްގައި ކަނޑައެޅިފައިވާ ކުށަކަށް ވުމާއި، އެ ކުށް ކަނޑައެޅުމުގައި ގާނޫނުގެ މަގްސަދަކީ، ކުށުގެ ނިޔަތް ސާބިތުކުރަން ނުޖެހޭ ގޮތަށް، ކުށުގެ އެހެން މައިގަނޑު ރުކުނެއް އެކަނި ސާބިތުވުންކަން، އެ ކުށް ކަނޑައެޅި ގާނޫނުން ސާފުކޮށް ދޭހަވާން އޮތުން.
(މ) ކުށުގެ ނިޔަތުގެ މިންގަނޑު ކަނޑައަޅައިދީފައިވާނަމަ ނުކުންނާނެ ނަތީޖާ
ކުށެއް ކަނޑައެޅުމުގައި، އެ ކުށް ސާބިތުކުރުމަށް ބޭނުންވާނެ ކުށުގެ ނިޔަތުގެ މިންގަނޑު ކަނޑައެޅިގެން ބަޔާންކޮށްދީފައިވާނަމަ، އެ މާއްދާގައިވާ އެ ކުށާ ގުޅޭ އެހެން ހުރިހާ ރުކުންތަކެއް ސާބިތުކޮށްދިނުމުގައިވެސް އެ މިންގަނޑަށް ކުށުގެ ނިޔަތް ސާބިތުކޮށްދޭން ވާނެއެވެ. އެނޫން ހާލަތްތަކުގައި އެކުށެއް ކަނޑައެޅުމުގައި ގާނޫނުގައި ލިޔެފައިވާ އިބާރާތުން ދޭހަވާ މިންވަރަށް ކުށުގެ ނިޔަތް ސާބިތުކޮށްދޭން ވާނެއެވެ.
(ފ) ކުށެއްކަން އެނގޭކަން ސާބިތުކޮށްދޭން ނުޖެހޭ ހާލަތު
ގާނޫނުގައި އެހެން ގޮތަކަށް ކަނޑައެޅިގެން ބަޔާންކޮށްފައި ނުވާނަމަ، ކުށެއް ސާބިތުކުރުމުގައި، މީހަކު ކުރި އަމަލަކީ ކުށެއްކަން އޭނާއަށް އެނގޭކަން ސާބިތުކޮށްދިނުމަކީ އެކުށުގެ ރުކުނެއްނޫނެވެ.
ނޭނގުމެއްގައި ނުވަތަ އޮޅުމަކުން ކުރާ ކަންތަކުން
ކުށުގެ ނިޔަތް ނެތިދިއުން
25 ވަނަ މާއްދާ - ނޭނގުމެއްގައި ނުވަތަ އޮޅުމަކުން ކުރާ ކަންކަމުގެ ހެކިހުށަހެޅުން
މި ގާނޫނުގެ 33 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތުގައި މެނުވީ، ކުށުގެ ނިޔަތް ނެތްކަން ސާބިތުކޮށްދިނުމަށްޓަކައި، ގާނޫނުގެ ނުކުތާއަކާ ގުޅިގެން ނުވަތަ ކަމެއް ހިނގައިދިޔަގޮތުގެ ނުކުތާއަކާ ގުޅިގެން ތިމާއަށް ނޭނގޭކަމުގެ، ނުވަތަ ތިމާއަށް ހުރެވުނީ އޮޅިފައިކަމުގެ ހެކި ހުށަހެޅިދާނެއެވެ.
ސިކުނޑީގެ ބައްޔެއްގެ ނުވަތަ އުނިކަމެއްގެ ސަބަބުން
ކުށުގެ ނިޔަތް ނެތިދިއުން
26 ވަނަ މާއްދާ - ނިޔަތް ނެތިދިއުން
(ހ) ކުށުގެ ނިޔަތް ނެތްކަން ސާބިތުކޮށްދިނުމަށްޓަކައި، ސިކުނޑީގެ ބައްޔެއް ނުވަތަ އުނިކަމެއް ހުރި ކަމުގެ ހެކި ހުށަހެޅިދާނެއެވެ.
(ށ) މާނަކުރުން
"ސިކުނޑީގެ ބައްޔެއް ނުވަތަ އުނިކަމެއް" ކަމަށް ބުނެފައި އެވަނީ، ސުލޫކަށް ނުވަތަ ވިސްނުމަށް ނުވަތަ ޖަޒްބާތަށް އެކަށީގެންވާ މިންވަރަކަށް ނޭދެވޭ އަސަރު ފޯރުވާ އާދަޔާ ހިލާފު ސިކުނޑީގެ ހާލަތަކަށެވެ.
ރުހުން
27 ވަނަ މާއްދާ - އާންމުކޮށް ދެވޭ ރުހުން
(ހ) ދައުވާ ރައްދުވާ މީހާ ކުރި ކުށްކަމުގައި ބެލެވޭ އަމަލާ ގުޅޭ ގޮތުން ނުވަތަ އެ އަމަލުން ނުކުމެދާނެ ނަތީޖާއާ ގުޅޭގޮތުން، އެ ކުށުގެ އަމަލުން ގެއްލުން ލިބުނު މީހާ ދޭ ރުހުމަކީ އަންނަނިވި ހާލަތްތަކުގައި އެ ކުށުގެ ދިފާއެއް ކަމުގައި ބެލެވޭނެއެވެ.
- އެ ރުހުން ދިނުމުގެ ސަބަބުން، ކުށުގެ ރުކުންތަކުގެ ތެރެއިން ރުކުނެއް ނެތިދިއުން؛ ނުވަތަ
- އެ ކުށް ކަނޑައަޅާ ގާނޫނުން މަނާކުރާ ގެއްލުންދިނުމުގެ ނުވަތަ އަމަލު ހިންގުމުގެ ކުރިން އެ ރުހުން ދީފައިވުން.
(ށ) ޖިސްމާނީ އަނިޔާއަށްދެވޭ ރުހުން
ދައުވާ ރައްދުވާ މީހާ ކުރި ކުށްކަމުގައި ބެލެވޭ އަމަލަކީ މީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމުގެ ގޮތުން ނުވަތަ ޖިސްމާނީ އަނިޔާއެއް ދީފާނެކަމަށް ބެލެވޭ ގޮތުން ހިންގުނު އަމަލަކަށްވާނަމަ، އެ އަމަލުން ގެއްލުން ލިބުނު މީހާ ދޭ ރުހުމަކީ އަންނަނިވި ހާލަތްތަކުގައި އެ ކުށުގެ ދިފާއެއްކަމުގައި ބެލެވޭނެ ކަމެކެވެ.
- ރުހުން ދެވުނު އަމަލުން ލިބުނު ނުވަތަ ދީފާނެ ކަމަށް ބެލެވުނު ޖިސްމާނީ އަނިޔާއަކީ އޭގެ ޒާތުގައި ބޮޑު އަނިޔާއަކަށް ނުވުން؛ ނުވަތަ
- އެ އަމަލާއި ގެއްލުމަކީ ހުއްދަ ކަސްރަތު މުބާރާތާއި ވާދަވެރި ކުޅިވަރުތަކުގައި ބައިވެރިވެ އުޅުމުގެތެރޭގައި މެދުވެރިވުން އެކަށީގެންވާކަމަށް ބެލެވޭ އަމަލެއް ނުވަތަ ގެއްލުމަކަށްވުން.
(ނ) ސައްހަ ނޫން ރުހުން
މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ނުވަތަ ދައުވާ އުފުލިފައިވާ ކުށް ކަނޑައަޅާފައިވާ ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ކަމަކަށް އެއްބަސްވުމަކީ އަންނަނިވި ހާލަތްތަކުގައި އެ ކަމަށް ރުހުނީކަމުގައެއް ނުބެލެވޭނެއެވެ.
- ކުށެއްކަމުގައި ބެލެވޭ އަމަލު އެމީހަކާމެދު ހިންގުނު މީހާއަކީ ގާނޫނުގެ ކުރިމަތީގައި އެފަދަ ރުހުމެއް ދެވޭ ވަރުގެ ކުޅެދުންތެރިކަން ހުރި މީހެއްކަމުގައި ނުވުން؛ ނުވަތަ
- ކުށެއްކަމުގައި ބެލެވޭ އަމަލު އެމީހަކާމެދު ހިންގުނު މީހާއަކީ އެ ކުށުގެ އަމަލުގެ ބާވަތް ނުވަތަ ނަތީޖާ ދެނެގަނެވޭ ވަރުގެ އެކަށީގެންވާ ގާބިލުކަން ނެތް މީހެއްކަން އެ އަމަލު ހިންގި މީހާއަށް އެނގިގެންވުން؛ ނުވަތަ
- އެ ރުހުމަކީ، އެ ކުށް ކަނޑައަޅާފައިވާ ގާނޫނުގައި، މާނަކޮށްފައިވާ ގޮތާމެދު، ރަނގަޅަށް ވިސްނުމަކާ ނުލައި ދިން ރުހުމަކަށްވުން؛ ނުވަތަ
- އެ ރުހުމަކީ އެ ކުށް ކަނޑައަޅާފައިވާ ގާނޫނުގައި ހުއްދަ ކުރެވިފައިނުވާ ބާރުގެ ބޭނުންކޮށްގެން ނުވަތަ ބިރުދައްކައިގެން ނުވަތަ އޮޅުވާލައިގެން ހޯދާފައިވާ ރުހުމަކަށްވުން.
(ރ) މާނަކުރުން
ވަކި މީހަކީ "ގާބިލުކަން ނެތް" މީހެއްކަމުގައި ވާނީ އޭނާގެ އުމުރުގެ ސަބަބުން ނުވަތަ އޭނާގެ ސިކުނޑިއަށް ޖެހިފައިވާ ބައްޔެއްގެ ސަބަބުން ނުވަތަ އޭނާގެ ސިކުނޑިއަށް ލިބިފައިވާ ނުކުޅެދުމެއްގެ ސަބަބުން ނުވަތަ އޭނާ މަސްތުވެފައި ހުރުމުގެ ސަބަބުން ނުވަތަ އޭނާއަށް ދިމާވެފައިވާ އެނޫންވެސް ނުކުޅެދުމެއްގެ ސަބަބުން، ކަމަކާމެދު އެކަށީގެންވާ ގޮތެއްގައި ވިސްނައި، ނިންމުމެއް ނިންމުމަށް، ސާފުކޮށް ބަޔާންވާ ގޮތުގައި، ނުކުޅެދިގެންވާނަމައެވެ.
އާންމު އުސޫލެއްގެ ގޮތުން ދެވޭ ހުއްދަ؛ ރައްޔިތުންގެ މަޖިލީހުން ކުށެއްކަމުގައި
ބަލައި މަނާކޮށްފައިނުވާ އަމަލު
28 ވަނަ މާއްދާ - ކުށްކަމުގައި ބެލެވޭ އަމަލުގެ ޒާތަށާއި ހާލަތްތަކުގެ މައްޗަށް ބުރަވެ ކޯޓުން ނުބަލާ ދޫކޮށްލެވޭ އަމަލުތައް
ކުށެއްގެ ދައުވާ އުފުލޭ ހިނދު، ކުށްކަމުގައި ބެލެވޭ އަމަލުގެ ޒާތަށާއި އަދި އެ އަމަލާ ގުޅިގެންވާ ހާލަތްތަކުގެ މައްޗަށް ބުރަވެ ބަލާއިރު، ކުށުގެ ދައުވާ އުފުލިފައިވާ އަމަލަކީ އަންނަނިވި ބާވަތުގެ އަމަލެއް ކަމުގައިވާނަމަ ކޯޓުން އެ މައްސަލަ ބެލުމަކާ ނުލައި، އެ މައްސަލަ ދޫކޮށްލަންވާނެއެވެ.
(ހ) އެ އަމަލަކީ އާންމު އުސޫލެއްގެ ގޮތުން ހުއްދަ ކުރެވިގެންވާ، ނުވަތަ މީހުން އެއާއެކު އުޅުމަށް ފަރިތަވެފައިވާ ބާވަތުގެ އަމަލުތަކުގެ ތެރެއިން އަންނަނިވި ޒާތުގެ އަމަލަކަށްވުން:
- މަސްލަހަތަށް ގެއްލުން ލިބުނު މީހާ އެ އަމަލު ކަނޑައެޅިގެން މަނާކޮށްފައި ނުވުން؛ އަދި
- ކުށް ކަނޑައަޅާފައިވާ ގާނޫނުގެ މަގްސަދުތަކާ ތައާރުޒުވާ އަމަލަކަށް ނުވުން؛ ނުވަތަ
(ށ) ޖިނާއީ ކުށެއް ސާބިތުކުރާ މިންވަރަށް ވުރެ، ލިބުނު ގެއްލުމުގެ މިންވަރު، ކުރި އަމަލުގެ ނިސްބަތުން ކުޑަވުން؛ ނުވަތަ
(ނ) ކުށް ކަނޑައަޅާފައިވާ ގާނޫނުގައި ދިނުން މަނާކޮށްފައިވާ ގެއްލުން ދީފައިނުވުން.
(ރ) ލިޔުމުން ސަބަބު އަންގައިދިނުން
ދައުވާ އުފުލޭ ކުށެއް ކޯޓަކުން ނުބަލާ، މި މާއްދާގެ ދަށުން ދޫކޮށްލަން ވާނީ، އެކަމުގެ ސަބަބު ލިޔުމުން ބަޔާންކުރުމަށް ފަހުގައެވެ.
މާނަކުރުން
29 ވަނަ މާއްދާ - މާނަކުރުން
(ހ) "ހަށިގަނޑަށް ލިބޭ އަނިޔާ" އަށް ދީފައިވަނީ މި ގާނޫނުގެ 17 ވަނަ މާއްދާގެ (7) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ށ) ހާލަތުގެ ރުކުން" އަށް ދީފައިވަނީ މި ގާނޫނުގެ 21 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ނ) "ކުށް ކުރި މީހާގެ އަމަލުގެ ރުކުން" އަށް ދީފައިވަނީ 21 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ރ) "ގާބިލުކަން ނެތުން" އަށް ދީފައިވަނީ މި ގާނޫނުގެ 27 ވަނަ މާއްދާގެ (ރ) ގައި ދީފައިވާ މާނަކުރުމެވެ.
(ބ) "އެނގިހުރުން" އަށް ދީފައިވަނީ މި ގާނޫނުގެ 24 ވަނަ މާއްދާގެ (ރ) ގައި ދީފައިވާ މާނަކުރުމެވެ.
(ޅ) "އިހުމާލު" އަށް ދީފައިވަނީ މި ގާނޫނުގެ 24 ވަނަ މާއްދާގެ (ޅ) ގައި ދީފައިވާ މާނަކުރުމެވެ.
(ކ) "މަގްސަދުގެ ރުކުން" އަށް ދީފައިވަނީ މި ގާނޫނުގެ 21 ވަނަ މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(އ) "މަގްސަދު" އަށް ދީފައިވަނީ މި ގާނޫނުގެ 24 ވަނަ މާއްދާގެ (ނ) ގައި ދީފައިވާ މާނަކުރުމެވެ.
(ވ) "ފަރުވާކުޑަ އަމަލު" އަށް ދީފައިވަނީ މި ގާނޫނުގެ 24 ވަނަ މާއްދާގެ (ބ) ގައި ދީފައިވާ މާނަކުރުމެވެ.
(މ) "ނަތީޖާގެ ރުކުން" އަށް ދީފައިވަނީ މި ގާނޫނުގެ 21 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ފ) "ހަށިގަނޑަށް ލިބޭ ބޮޑެތި އަނިޔާ" އަށް ދީފައިވަނީ މި ގާނޫނުގެ 17 ވަނަ މާއްދާގެ (91) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
30 ވަނަ ބާބު
ކުށުގެ ރުކުންތައް ވަކި ފަރާތަކަށް ނިސްބަތްކުރުން
30 ވަނަ މާއްދާ - މީހެއްގެ އަމަލަށް އެހެން މީހަކު ޒިންމާދާރުކުރުވުން
31 ވަނަ މާއްދާ - އަމިއްލަ އިހްތިޔާރުގައި މަސްތުވުން
32 ވަނަ މާއްދާ - ހާސިލުކުރަން ގަސްދުކުރި ނުވަތަ ހާސިލުވާނެކަމަށް ހީކުރި ނަތީޖާ، ނުކުތް ނަތީޖާއާ ތަފާތުވުން
33 ވަނަ މާއްދާ - ކުށުގެ އަމަލެއް ކުރާއިރު، އެހެން ކުށެއް ކުރަނީކަމުގައި ކުށްހީކުރެވުން
34 ވަނަ މާއްދާ - މާނަކުރުން
މީހެއްގެ އަމަލަށް އެހެން މީހަކު ޒިންމާދާރުކުރުވުން
30 ވަނަ މާއްދާ - މީހަކު ކުރާ އަމަލަކަށް އެހެން މީހަކު ޒިންމާދާރުކުރުވުން
(ހ) އަންނަނިވި ހާލަތްތަކުގައި މީހަކު ކުރާ އަމަލަށް، އެ އަމަލުކުރި ފަރާތުގެ އިތުރުން، ތިރީގައި ބަޔާންކޮށްފައިވާ މީހުންވެސް ގާނޫނީ ގޮތުން ޒިންމާއުފުލަން ވާނެއެވެ:
- ކުށުގެ ނިޔަތް އޮވެގެން ކުށެއް ކުރުމުގެ އަމަލު ހިންގާއިރު، މައުސޫމު ނުވަތަ ޒިންމާއުފުލުމުގެ ގާބިލުކަމެއް ނެތް މީހަކު އެ އަމަލުގައި ބައިވެރިކުރުވުން؛ ނުވަތަ
- މީހަކު ކުރާ އަމަލަށް އެހެން މީހަކު މި ގާނޫނުގައި ނުވަތަ ކުށް ކަނޑައަޅާފައިވާ އެހެންވެސް ގާނޫނުގައި ޒިންމާދާރުކުރުވާފައިވުން؛ ނުވަތަ
- ކުށްކުރި މީހާ ކުށްކުރިއިރު އޭނާއާއެކު ބައިވެރިވި މީހެއް ކަމުގައިވުން.
(ށ) ބައިވެރިވުމުގެ ޒިންމާ
ކުށްކުރުމުގެ ނިޔަތް އޮވެގެން، ކުށެއް ކުރުމުގައި އަންނަނިވި ހާލަތްތަކުގައި، އެހެން މީހަކު އެ ކަމުގައި ބައިވެރިވެއްޖެނަމަ، އޭނާއަކީ، ކުށްކުރި މީހާގެ ބައިވެރިއެއްކަމުގައި ބެލެވޭނެއެވެ:
- ކުށުގެ އަމަލު ހިންގުން ކުރިއަށް ގެންދިއުމަށްޓަކައި، ނުވަތަ އެ ކުށް ކުރުމަށް ހިތްވަރުދިނުމަށްޓަކައި، އެނގިހުރެ، އެހެން މީހަކަށް އެހީތެރިވެދިނުން؛ ނުވަތަ
- އޭނާގެ އަމަލަކީ ކުށެއް ކުރި މީހާއާ ބައިވެރިވުމުގެ އަމަލެއް ކަމުގައި، ގާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވުން.
(ނ) ބައިވެރިވުމުގެ ޒިންމާއުފުލަން ނުޖެހޭ އިސްތިސްނާ ހާލަތްތައް
މި ގާނޫނުގައި ނުވަތަ ކުށް ކަނޑައަޅާފައިވާ އެހެންވެސް ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، އަންނަނިވި ހާލަތްތަކުން ހާލަތެއް މެދުވެރިވެއްޖެނަމަ ތިރީގައި ބަޔާންކޮށްފައިވާ މީހާއަކީ، ހިނގައިދިޔަ ކުށް ކުރި މީހާގެ ބައިވެރިއެއްކަމުގައެއް ނުބެލެވޭނެއެވެ:
- އޭނާއަކީ، އޭނާގެ މައްޗަށް ކުށުގެ އަމަލު ހިންގުނު މީހާ ކަމުގައިވުން؛ ނުވަތަ
- އޭނާ ކުރި އަމަލަކީ، ކުށް ކަނޑައަޅާފައިވާ ގޮތުން އެކުށް ހިނގައިދިޔުމުގައި މެދުވެރިވި ސަބަބަކަށް ވީނަމަވެސް، އެ އަމަލަކީ، އޭނާގެ އިހްތިޔާރުގައި ހިންގި އަމަލަކަށް ނުވުން؛ ނުވަތަ
- ކުށުގެ އަމަލު ފުރިހަމަވުމުގެ ކުރީގައި އޭގައި އޮތް އޭނާގެ ބައިވެރިވުން އޭނާ އަމިއްލައަށް ނިމުމަކަށް ގެނައުމާއި، އަދި ހަމަ އެއާއެކު:
- އޭނާގެ ބައިވެރިވުން އޮވެގެން، ކުށްކުރުމުގައި ލިބެން އޮތް ފައިދާ މުޅިން ނެތިދިއުން؛ ނުވަތަ
- އެ ކުށް ހުއްޓުވުމުގެ ނިޔަތުގައި، އެކަށީގެންވާ ވަގުތު އޮއްވައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އެކަން އެންގުން ނުވަތަ އަމިއްލައަށްވެސް އެކުށް ހުއްޓުވުމަށްޓަކައި އެކަށީގެންވާ ފިޔަވަޅުތައް އެޅުން.
(ރ) ކުށުގައި ބައިވެރިވުމުގެ ޒިންމާގެ ދަރަޖަ ކަނޑައެޅުން
ކުށްކުރި މީހާއާ ބައިވެރިވި މީހާގެ ދައުރަކީ، ތިރީގައި ބަޔާންކޮށްފައިވާ ދައުރުތަކުގެ ތެރެއިން ދައުރެއްކަމުގައިވާނަމަ، އޭނާގެ ބައިވެރިވުން، ދަރަޖަކުރާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.
- އޭނާއަކީ އެކަން އިންތިޒާމުކުރި މީހާ ނުވަތަ އެކަމާގުޅޭ ކަންތައްތަކުގައި އިސްކޮށް ހަރަކާތްތެރިވި މީހާ ކަމުގައިވާނަމަ، އޭނާގެ ޒިންމާގެ ދަރަޖައަކަށް ވާނީ އޭނާ އެހީތެރިވެދިން ކުށްކުރުމުގެ ދަރަޖައެވެ.
- އޭނާއަކީ ހަމައެކަނި ކުށްކުރުމުގައި މެދު މިންވަރަކަށް ބައިވެރިވި މީހާ ކަމުގައިވާނަމަ އޭނާގެ ޒިންމާގެ ދަރަޖައަކަށްވާނީ، އޭނާ އެހީތެރިވެދިން ކުށްކުރުމުގެ ދަރަޖައަށްވުރެ، އެއް ދަރަޖަ ތިރި ދަރަޖައެކެވެ. (އިސްލާހު ކުރެވިފައި)
- ކުށްކުރި މީހާއާ ބައިވެރިވެފައިވަނީ، ނިސްބަތުން ކުޑަ މިންވަރަކަށް ކަމުގައިވާނަމަ އޭނާގެ ޒިންމާގެ ދަރަޖައަކަށް ވާނީ އޭނާ ކުރުމަށް އެހީތެރިވެދިން ކުށްކުރުމުގެ ޒިންމާގެ ދަރަޖައަށް ވުރެ، ދެ ދަރަޖަ ތިރި ދަރަޖައެކެވެ.
- މާނަކުރުން
މި މާއްދާގެ ބޭނުމަށްޓަކައި:
-
"އިންތިޒާމުކުރި މީހާ" ނުވަތަ "އިސްކޮށް ހަރަކާތްތެރިވި މީހާ" ކަމަށް ބުނެފައި އެވަނީ ކުށްކުރުމުގައި ބައިވެރިވި އެހެން ބައިވެރިން ބަލަހައްޓައި، ކޮންޓްރޯލުކުރުމުގެ ޒިންމާ އޮތް މީހާއަށެވެ.
-
"މެދު މިންވަރަކަށް ބައިވެރިވި މީހާ" ކަމަށް ބުނެފައި އެވަނީ، އެ ކުށްކުރުމުގައި އެހީތެރިވި މީހާގެ ދައުރަކީ އިންތިޒާމުކުރި މީހާ ނުވަތަ އިސްކޮށް ހަރަކާތްތެރިވި މީހާގެ ދައުރަށްވުރެ ކުޑަ، އެހެން ނަމަވެސް ނިސްބަތުން ކުޑަ މިންވަރަކަށް ބައިވެރިވި މީހާގެ ދައުރަށްވުރެ ބޮޑު ދައުރެއް އޮވެގެން އެކަމުގައި ހަރަކާތްތެރިވާ މީހާއަށެވެ. (އިސްލާހު ކުރެވިފައި)
-
"ނިސްބަތުން ކުޑަ މިންވަރަކަށް ބައިވެރިވާ މީހާ" ކަމަށް ބުނެފައި އެވަނީ، ކުށުގެ އަމަލު ކާމިޔާބުކަމާއެކު ފުރިހަމަކުރުމުގައި، މާބޮޑު ބޭނުމެއް ނުހިފޭ ބާވަތުގެ ނުވަތަ ވަރަށްވެސް ކުޑަ މިންވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދޭ މީހާއަށެވެ. (އިސްލާހު ކުރެވިފައި)
-
(ބ) ކޮށްފައިނުވާ ކުށެއްގައި ބައިވެރިވުން
އެހެން މީހަކު ހިންގާ ކުށުގެ އަމަލެއްގެ ސަބަބުން، މި މާއްދާގެ (ހ) ގެ ދަށުން، ކުށުގެ ޒިންމާއުފުލަންޖެހޭކަމަށް ބުނާމީހާ، އަނެއް މީހާ ކުށްނުކުރާ ހާލަތްތަކުގައި ކުށްވެރިވާނީ، އެ ކުށްކުރަން އުޅުމުގެ ކުށުންނެވެ.
ކުށްކުރުމުގައި މީހަކާ ބައިވެރިވާން އުޅުން(ޅ) ކުށެއް ކުރުމުގައި މީހަކަށް އެހީތެރިވެދިނުމަށް މީހަކު އުޅެފިނަމަ މި މާއްދާގެ (ށ) ގެ ދަށުން އެ މީހަކު އެކަމުގެ ޒިންމާއުފަލަން ވާނެއެވެ. އޭނާގެ ޒިންމާގެ ދަރަޖައަކަށް ވާނީ، އޭނާ އެހީތެރިވެދޭން އުޅުނު އުޅުން ކާމިޔާބުވީނަމަ، ޒިންމާއުފުލަން ޖެހޭނެ ދަރަޖައަށް ވުރެ އެއް ދަރަޖަ ތިރި ދަރަޖައެކެވެ. އެއީ، އެ ކުށްކުރި މީހާ އެ ކުށް ފުރިހަމަކުރި ކަމުގައި ވިޔަސް، ނުވަތަ އެ ކުށްކުރުމަށް މަސައްކަތްކުރިކަމަށްވީނަމަ ވެހެވެ.
(ކ) ގާނޫނީ ގޮތުން ނުކުޅެދިގެން ވިޔަސް ޒިންމާއުފުލަންޖެހުން
ވަކި މީހަކީ ކުށެއް ކުރުމަށް ގާނޫނީ ގޮތުން ނުކުޅެދިގެންވާ މީހެއް ކަމުގައި ވީނަމަވެސް، އޭނާ ގާނޫނީ ގޮތުން ޒިންމާ އުފުލަންޖެހޭ މީހެއްގެ އެހެން ސަބަބަކާހުރެ، އޭނާ ޒިންމާ އުފުލަން ނުޖެހޭ ހާލަތެއް މެދުވެރިނުވާނަމަ، އެ ކުށުގެ ޒިންމާ އޭނާ އުފުލަންޖެހޭނެއެވެ. އެއީ، އެ ޒިންމާ އުފުލުމަކީ، އޭނާގެ ނުކުޅެދުންތެރިކަން ބަޔާންކުރާ ގާނޫނުގެ މަގްސަދާ ހިލާފު ކަމަކަށް ނުވާނަމައެވެ.
(އ) ކުށްކުރި މީހާގެ މައްޗަށް ކުށް ސާބިތު ނުކުރެވުން
އަންނަނިވި ސަބަބުތަކުގެ ތެރެއިން ސަބަބަކާހުރެ، ކުށްކުރި މީހެއްގެ މައްޗަށް ކުށުގެ ދައުވާ ސާބިތު ނުކުރެވުނުކަމަށް ވީނަމަވެސް، އެ ކުށުގެ އަމަލު ހިންގާފައިވާކަމުގެ ސާބިތު ހެކީގެ މައްޗަށް ބިނާކޮށް، އަދި އެ ކުށްކުރުމުގައި އެހީތެރިވެދިންކަމުގެ ސާބިތު ހެކީގެ މައްޗަށް ބިނާކޮށް، އެ ކުށްކުރުމުގައި އެހީތެރިވެދިން މީހަކުގެ މައްޗަށް ކުށް ސާބިތުކުރެވިދާނެއެވެ.
- ކުށްކުރި މީހާގެ މައްޗަށް ދައުވާ އުފުލިފައިނުވުން ނުވަތަ އޭނާގެ މައްޗަށް ކުށް ސާބިތުކުރެވިފައިނުވުން؛ ނުވަތަ
- ކުށްކުރިކަމަށް ބެލެވޭ މީހާގެ މައްޗަށް ސާބިތުވެފައިވަނީ އެހެން ކުށެއްކަމަށްވުން ނުވަތަ އެ ކުށުގެ އެހެން ދަރަޖައެއްގެ ޒިންމާއެއް ކަމަށްވުން؛ ނުވަތަ
- ދައުވާއުފުލުމުން ނުވަތަ ދައުވާ ސާބިތުކުރުމުން އިމްތިޔާޒު ލިބިގެންވާ މީހެއްކަމުގައި އެ ކުށްކުރި މީހާވުން؛ ނުވަތަ
- ކުށްކުރިކަމަށް ބެލެވޭ މީހާގެ މައްޗަށް ދައުވާ ސާބިތުނުވާތީ ދޫކޮށްލައިފައިވާ މީހެއް ކަމުގައިވުން.
އަމިއްލަ އިހްތިޔާރުގައި މަސްތުވުން
31 ވަނަ މާއްދާ - މަސްތުވުމުން ކުށުގެ ނިޔަތް ނެތިދާ ހާލަތް
(ހ) މި ގާނޫނުގެ 54 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި މެނުވީ، ނުވަތަ މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި މެނުވީ، މީހަކު ކުށެއްގެ އަމަލު ހިންގިއިރު ހުރީ މަސްތުވެގެންވާ ހާލަތުގައިކަން ބަޔާންކޮށް، އެކަމުގެ ހެކި ހުށަހެޅުމަކީ، އެ ކުށްކުރުމަށް ބޭނުންވާ ކުށުގެ ނިޔަތް ނެތިގެންދާނެ ކަމެކެވެ.
(ށ) ފަރުވާކުޑަކަން އޭނާއަށް ނިސްބަތްކުރެވުން
މީހަކު އަމިއްލަ އިހްތިޔާރުގައި މަސްތުވުމުގެ ސަބަބުން، އޭނާ ކުރާ އަމަލަކުން ނުކުމެދާނެ ނަތީޖާ ވިސްނައިގަތުމަށް ނުކުޅެދިއްޖެނަމަ، އަދި މަސްތުވެގެންވާ ހާލުގައި ނެތްނަމަ އެކަން އޭނާއަށް ވިސްނައިގަނެވުނީސްކަމުގައި ވާނަމަ، އޭނާގެ އެ އަމަލަކީ، މި ގާނޫނުގެ 24 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ފަދަ، ފަރުވާކުޑަ އަމަލެއްކަމުގައި ބެލެވޭނެއެވެ.
(ނ) ގަސްދުގައި މަސްތުވުން
އަންނަނިވި ހާލަތްތަކުގައި، މީހަކު މަސްތުވަނީ، އަމިއްލަ އިހްތިޔާރުގައި ކަމުގައި ބެލެވޭނެއެވެ:
- ތިމާއަށް އެނގިހުރެ، ތިމާގެ ހަށިގަނޑަށް ވާސިލުކުރާ މާއްދާއަކުން މަސްތުވުމާއި، އެގޮތަށް އެކަން ކުރުމުން މަސްތުވެދާނެ ކަމާމެދު ފަރުވާކުޑަކޮށްފައިވުން. އެއީ،
އެ މާއްދާ ހަށިގަނޑުގެ ތެރެއަށް ވާސިލުކުރީ ސިއްހީ ލަފާގެ މަތިންކަމުގައި ނުވާނަމަ ނުވަތަ ގާނޫނީ ގޮތުން ހުއްދަ ހާލަތެއްގައި ކަމުގައި ނުވަތަ މައާފު ލިބެނިވި ދިފާއެއްގެ ހާލަތުގައި ކަމުގައިވެސް ނުވާނަމައެވެ. - އޭނާ ބޭނުންކުރި މަސްތުވާއެއްޗެހީގެ މިންވަރަށް ބަލާއިރު އެއީ، ނިސްބަތުންމާ ގިނަ އެއްޗެއްކަމުގައި ނުވިނަމަވެސް، އެ މިންވަރުންވެސް އޭނާ މަސްތުވެދާނެކަން ނުވަތަ އޭނާގެ ހަށިގަނޑުގެ މާއްދިއްޔަތަށް ބަލާއިރު، އެ މިންވަރުގެ މަސްތުވާއެއްޗަކުންވެސް އޭނާ މަސްތުވެފައި ހުރި މިންވަރަށް މަސްތުވެދާނެކަން އޭނާއަށް ގަބޫލުކުރެވިފައި ނުވުން ނުވަތަ ނޭނގުން.
(ރ) މާނަކުރުން
"މަސްތުވުން" ކަމަށް ބުނެފައި އެވަނީ، ތިމާގެ ހަށިގަނޑަށް ވާސިލުކުރެވޭ އެއްޗެއްގެ ސަބަބުން ތިމާގެ އަމަލަކުން ނުކުމެދާނެ ނަތީޖާ ވިސްނައިގަތުމަށް ނުކުޅެދޭ މިންވަރަށް ތިމާގެ މާއްދީ ނުވަތަ ފިކުރީ ހިއްސުތަކަށް އުނިކަން އައުމަށެވެ. (އިސްލާހު ކުރެވިފައި)
ހާސިލުކުރަން ގަސްދުކުރި ނުވަތަ ހާސިލުވާނެކަމަށް ހީކުރި ނަތީޖާ،
ނުކުތް ނަތީޖާއާ ތަފާތުވުން
32 ވަނަ މާއްދާ - ހާސިލުކުރަން ގަސްދުކުރި ނުވަތަ ހާސިލުވާނެކަމަށް ހީކުރި ނަތީޖާ، ކުތް ނަތީޖާއާ ތަފާތުވުން
(ހ) މީހަކު ކުރާ އަމަލެއްގެ ސަބަބުން ވަކި ނަތީޖާއެއް ނުކުތުމަކީ އެ ކުށުގެ ނިޔަތް އޮތްކަން ސާބިތުކުރުމަށް މުހިންމު ކަމަކަށްވާ ހިނދު، އަދި އެ ކުށުގެ އަމަލުން ނުކުތް ނަތީޖާއަކީ ނެރުމަށް ގަސްދުކުރި ނަތީޖާކަމަށް ނުވަތަ ނުކުންނާނެކަމަށް ވިސްނާފައިވާ ނަތީޖާކަމަށް ނުވަތަ ނުކުމެދާނެކަމަށް ހީކުރި ނަތީޖާއަށް ނުވިނަމަވެސް، ނުކުތް ނަތީޖާއާއި، ގަސްދުކުރި، ނުވަތަ ވިސްނުމުގައި އޮތް ނުވަތަ ހީކުރި ނަތީޖާއާ ތަފާތުވަނީ، ހަމައެކަނި އަންނަނިވި ހާލަތްތަކުގައި ކަމަށްވާނަމަ، އެ ކުށުގެ ނިޔަތް އޮތް ކަމުގައި ބެލެވޭނެއެވެ.
- ތަފާތު މީހަކަށް ނުވަތަ ތަފާތު މުދަލަކަށް ގެއްލުން ލިބުން ނުވަތަ އަސަރު ފޯރުން؛ ނުވަތަ
- ނުކުތް ނަތީޖާއަކީ ގަސްދުކުރި ނުވަތަ ވިސްނުމުގައި އޮތް ނުވަތަ ނުކުމެދާނެކަމަށް ލަފާކުރެވުނު ނަތީޖާއާ އަޅައިބަލާއިރު އެއް މިންވަރަކަށް ބޮޑު ގެއްލުމެއް ނުވަތަ އަނިޔާއެއް ފޯރުކުރަނިވި ނަތީޖާއަކަށްވުން.
(ށ) މާނަކުރުން
"ނަތީޖާ" ކަމަށް ބުނެފައި އެވަނީ ކުށުގެ ރުކުންތަކުގެ ތެރެއިން ނަތީޖާގެ ރުކުނަށެވެ. އަދި ހާލަތުގެ ރުކުންތަކުގެ ތެރެއިން އެ ނަތީޖާ ސިފަކޮށްދޭ ރުކުންތަކަށެވެ.
ކުށުގެ އަމަލެއް ކުރާއިރު، އެހެން ކުށެއް ކުރަނީކަމުގައި ކުށްހީކުރެވުން
33 ވަނަ މާއްދާ - ކުށުގެ އަމަލެއް ކުރާއިރު، އެހެން ކުށެއް ކުރަނީކަމުގައި ކުށްހީކުރެވުން
މީހަކު ކުށެއް ކުރުމުގައި ތިމާ ހީކުރި ގޮތަށް ހާލަތު އޮތްނަމަ، އެ ކުރި ކުށާ އެއްވަރުގެ ނުވަތަ އެއަށް ވުރެވެސް ބޮޑު ކުށަކުން އެ މީހަކު ކުށްވެރިވާނެކަމަށް ވާނަމަ، މި ގާނޫނުގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދިފާއުގެ ފައިދާއެއް އެ މީހަކަށް ނުލިބޭނެއެވެ.
މާނަކުރުން
34 ވަނަ މާއްދާ - މާނަކުރުން
(ހ) "ނަތީޖާ" އަށް ދީފައިވަނީ މި ގާނޫނުގެ 32 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
(ށ) "މަސްތުވުން" އަށް ދީފައިވަނީ މި ގާނޫނުގެ 31 ވަނަ މާއްދާގެ (ރ) ގައި ދީފައިވާ މާނަކުރުމެވެ.
(ނ) "ނިސްބަތުން ކުޑަ މިންވަރަކަށް ބައިވެރިވި މީހާ" އަށް ދީފައިވަނީ މި ގާނޫނުގެ 30 ވަނަ މާއްދާގެ (ރ) ގެ (4) ވަނަ ނަންބަރުގެ (iii) ގައި ދީފައިވާ މާނަކުރުމެވެ. (އިސްލާހު ކުރެވިފައި)
(ރ) "މެދު މިންވަރަކަށް ބައިވެރިވި މީހާ" އަށް ދީފައިވަނީ މި ގާނޫނުގެ 30 ވަނަ މާއްދާގެ (ރ) ގެ (4) ވަނަ ނަންބަރުގެ (ii) ގައި ދީފައިވާ މާނަކުރުމެވެ. (އިސްލާހު ކުރެވިފައި)
(ބ) (އުނި ކުރެވިފައި)
40 ވަނަ ބާބު
ހުއްދަކުރެވިގެންވާ ދިފާއު
40 ވަނަ މާއްދާ - ހުއްދަކުރެވިގެންވާ ދިފާއާ ގުޅޭ އާންމު އުސޫލުތައް
41 ވަނަ މާއްދާ - ހުއްދަ މަގްސަދެއް ހާސިލުކުރުމަށް ކުރާ ނުރަނގަޅު ކަންތައްތައް
42 ވަނަ މާއްދާ - ގާނޫނީ ވާޖިބު އަދާކުރުން
43 ވަނަ މާއްދާ - ގާނޫނު ތަންފީޒު ކުރުމުގެ އިދާރާ
44 ވަނަ މާއްދާ - އެހެން މީހުންގެ ސުލޫކާއި، ރައްކާތެރިކަމާއި، އެހެން މީހުނަށް އަޅާލުމުގެ ޒިންމާ އޮތް ފަރާތްތަކުން ބާރުގެ ބޭނުންކުރުން
45 ވަނަ މާއްދާ - ނަފުސުގެ ދިފާއު
46 ވަނަ މާއްދާ - މުދަލުގެ ދިފާއު
47 ވަނަ މާއްދާ - މާނަކުރުން
ހުއްދަކުރެވިގެންވާ ދިފާއާ ގުޅޭ އާންމު އުސޫލުތައް
40 ވަނަ މާއްދާ - މާނަކުރުން
(ހ) "ހުއްދަކުރެވިގެންވާ ދިފާއު" ނުވަތަ "ހުއްދަ ހާލަތު" ކަމަށް ބުނެފައި އެވަނީ މި ބާބުގައި ކަނޑައަޅާފައިވާ ކޮންމެ ދިފާއަކަށެވެ.
(ށ) ހުއްދަކުރެވިގެންވާ އަމަލެއް ހުއްޓުވައިގެންނުވުން
މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، މީހަކު ކުރާ ހުއްދަ ކުރެވިގެންވާ އަމަލެއް ހުއްޓުވައިގެންނުވާނެއެވެ؛ ނުވަތަ ގާނޫނު ހުއްދަކުރާ ގޮތެއްގެ މަތިން މެނުވީ އެކަމާ ބެހެވިގެންނުވާނެއެވެ.
(ނ) ހުއްދަކުރެވިގެންވާ ދިފާއެއް ބޭނުންކުރެވިދާނެ ފަދަ ހާލަތްތައް އުފަންކުރުވުމަކީ އެ ދިފާއު ނުލިބޭނެ ސަބަބަކަށް ނުވުން
މި ބާބުގެ ދަށުން ހުއްދަވެގެންވާ ދިފާއެއް ބޭނުންކުރެވިދާނެފަދަ ހާލަތެއް މީހަކު އަމިއްލައަށް އުފަންކުރުވުމަކީ އޭނާ ކުރި އަމަލާ ގުޅިގެން އެ ދިފާއުގެ ބޭނުން ނުހިފޭނެ ސަބަބެއް ނޫނެވެ. އެހެންނަމަވެސް، އެ އަމަލަށް، މި މާއްދާގެ (ރ) ގެ ދަށުން އޭނާ ޒިންމާ އުފުލަންޖެހިދާނެއެވެ.
(ރ) ހުއްދަ ދިފާއެއް ބޭނުންކުރެވިދާ ފަދަ ހާލަތެއް ކުށުގެ ނިޔަތެއް އޮވެގެން އުފަންކުރުވުން
- މި މާއްދާގެ (ނ) އެހެން އޮތް ނަމަވެސް، އޭނާގެ އަމިއްލަ ދިފާއުގައި ނުވަތަ އެހެން މީހެއްގެ ދިފާއުގައި، ހުއްދަވެގެންވާ ދިފާއެއް ބޭނުންކުރެވިދާ ފަދަ ހާލަތެއް، ކުށެއް ކުރުމަށްޓަކައި، ކުށުގެ ނިޔަތް އޮވެގެން އުފަންކޮށްފި ހިނދެއްގައި، އޭނާ އެކުރަނީ ކުށެކެވެ.
-
ދިފާއު
މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގެ އުފުލަންޖެހޭ ޒިންމާއަކާ ގުޅިގެން، އާންމު ކޮންމެ ދިފާއެއްގެވެސް ބޭނުންކުރެވިދާނެއެވެ.
(ބ) އެއް ދިފާއަށް ވުރެ ގިނަ ދިފާއުގެ ބޭނުންހިފުން
މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި މެނުވީ، މީހެއްގެ އަމަލަކާ ގުޅިގެން ހުއްދަވެގެންވާ ދިފާއުގެ އެއް ދިފާއަށްވުރެ ގިނަ ދިފާއު ބޭނުންކުރެވޭ ފަދަ ހާލަތެއް ދިމާވެއްޖެނަމަ، އެ ހުރިހާ ދިފާއަކީވެސް އޭނާއަށް ބޭނުންކުރެވިދާނެ ދިފާއެވެ.
(ޅ) ކަނޑައެޅިގެން ބަޔާންކޮށްފައިވާ ދިފާއުތަކަށް އިސްކަންދެވިގެންވުން
ސާބިތުކުރުމަށް ހުށަހަޅާ ދިފާއަކީ، މި ބާބުގެ އެހެން މާއްދާއެއްގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ހުއްދަކުރެވިފައިވާ ދިފާއެއް ކަމަށްވާ ހާލަތްތަކުގައި، ނުވަތަ ހުއްދަކުރެވިފައިވާ ދިފާއުތަކުގެ ތެރެއިން ވަކި ހާއްސަ ދިފާއެއްގައި، މި ގާނޫނުގެ 41 ވަނަ މާއްދާއާއި 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދިފާއުތައް ބޭނުން ނުކުރެވޭނެކަމަށް ދޭހަވާގޮތަށް ބަޔާންކޮށްފައިވާ ހާލަތްތަކުގައި، މި ގާނޫނުގެ 41 ވަނަ މާއްދާއާއި 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދިފާއުތައް ބޭނުމެއް ނުކުރެވޭނެއެވެ.
ހުއްދަ މަގްސަދެއް ހާސިލުކުރުމަށް ކުރާ ނުރަނގަޅު ކަންތައްތައް
41 ވަނަ މާއްދާ - ހުއްދަ މަގްސަދެއް ހާސިލުކުރުމަށް ކުރާ ހުއްދަ އަމަލުތައް
(ހ) އަންނަނިވި ހާލަތްތަކުގައި މީހަކު ކުރާ އަމަލަކީ، ހުއްދަކުރެވިގެންވާ އަމަލެކެވެ:
- އެ އަމަލުކުރީ، ގެއްލުމަކުން ނުވަތަ ނުރަގަނޅު ކަމަކުން އެހެން މީހަކު ސަލާމަތްކޮށްދިނުމަށްޓަކައި، ކޮންމެހެން އެ އަމަލުކުރަންޖެހޭ ހާލަތެއްގައި ކަމުގައިވުން؛
- ދައުވާ އުފުލިގެންވާ ކުށް ކަނޑައަޅާފައިވާ ގާނޫނުން ސަލާމަތްކުރުމަށް ބޭނުންވާ ގެއްލުމާއި ނުރަނގަޅު ކަންތަކަށް ވުރެ، އޭނާ ކުރި އަމަލުން ހުއްޓުވި ގެއްލުމާއި ނުރަގަނޅު އަމަލު ބޮޑުވުން؛ އަދި
- އުފުލިފައިވާ ދައުވާގައި ބޭނުންކުރާ ދިފާއަކީ ދައުވާ އުފުލިފައިވާ ކުށް ކަނޑައަޅާފައިވާ ގާނޫނުގެ މަގްސަދަށް ބަލާއިރު ބޭނުންކުރެވިގެން ނުވާނެ ދިފާއެއްކަން ސާފުކޮށް އެ ގާނޫނުން އެނގެން ނެތުން.
(ށ) މާނަކުރުން
އަންނަނިވި ހާލަތްތަކަކީ، ކޮންމެހެން އެ އަމަލު ކުރަންޖެހޭ ހާލަތެއްކަމަށް ބެލޭނެއެވެ. (އިސްލާހު ކުރެވިފައި)
- ލިބިދާނޭކަމަށް ބެލެވުނު ގެއްލުން ނުވަތަ، ކޮށްފާނޭކަމަށް ބެލެވުނު ނުރަނގަޅު އަމަލުން ސަލާމަތްވުމަށްޓަކައި ހިންގި އަމަލަކީ ނުވަތަ ކުރިކަމަކީ ފަހުގެ ވަގުތެއްގައި ކުރިކަމަކަށްވާނަމަ، އެ ގެއްލުމުން، ނުވަތަ އެ ނުރަނގަޅު އަމަލުން ސަލާމަތްވެވޭނެ ފުރުސަތު ފަހުން ނުލިބުން؛ އަދި
- ލިބިދާނޭކަމަށް ބެލެވުނު ގެއްލުން ނުވަތަ ކޮށްފާނެކަމަށް ބެލެވުނު ނުރަނގަޅު އަމަލު، އޭނާ އަމަލުކުރި ގޮތަށް ވުރެ ލުއި ގޮތަކަށް އަމަލުކޮށްގެން ހުއްޓުވެން ނެތުން.
ގާނޫނީ ވާޖިބު އަދާކުރުން
42 ވަނަ މާއްދާ - ގާނޫނީ ވާޖިބު އަދާކުރުމަށް ހުއްދަ އަމަލު
މީހަކު ކުރާ އަމަލަކީ އަންނަނިވި ސަބަބުތަކަށްޓަކައި ކުރެވޭ ނުވަތަ އަންނަނިވި ގޮތުގެމަތިން ކުރެވޭ ކަމެއްކަމަށްވާނަމަ، އެއީ ހުއްދަ އަމަލެކެވެ:
(ހ) ދައުލަތުގެ މުވައްޒަފެއްގެ ވާޖިބުތައް ނުވަތަ މަސައްކަތްތައް ބަޔާންކޮށްދީފައިވާ ގާނޫނަކުން، ނުވަތަ އެފަދަ މުވަޒައްފަކަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ބަޔާންކޮށްދީފައިވާ ގާނޫނެއްގެ ދަށުން ކުރި އަމަލަކަށްވުން، ނުވަތަ
(ށ) ގާނޫނީ އެކިއެކި ފިޔަވަޅުތައް އެޅުން ހުއްދަކުރާ ގާނޫނެއްގެ ދަށުން ހުއްދަކުރެވިގެން ނުވަތަ ކުރަންޖެހިގެން ކުރާ އަމަލަކަށްވުން، ނުވަތަ
(ނ) ށަރުއީ ހުކުމެއްގެ ދަށުން، ނުވަތަ އެ އަމުރު ކުރުމުގެ ބާރުލިބިގެންވާ ށަރުއީ ފަނޑިޔާރެއްގެ ނުވަތަ ޓްރައިބިޔުނަލްއެއްގެ އަމުރެއްގެ ދަށުން ހުއްދަ ކުރެވިގެން ކުރާ އަމަލަކަށްވުން، ނުވަތަ
(ރ) ސިފައިންނާ ބެހޭ ގާނޫނެއްގެ ދަށުން، ނުވަތަ ހަނގުރާމަ ކުރުން ހުއްދަކުރާ ގާނޫނެއްގެ ދަށުން ބޭނުންވެގެން ކުރާ ނުވަތަ އެފަދަ ގާނޫނަކުން ހުއްދަކުރެވިގެން ކުރާ އަމަލަކަށްވުން، ނުވަތަ
(ބ) ދައުލަތުގެ ވާޖިބެއް ކަނޑައަޅައިދޭ އެހެންވެސް ގާނޫނެއްގެ ބޭނުމަށްޓަކައި ނުވަތަ އެ ގާނޫނެއްގެ ދަށުން ހުއްދަކުރެވިގެން ކުރާ އަމަލަކަށްވުން.
ގާނޫނު ތަންފީޒު ކުރުމުގެ އިދާރާ
43 ވަނަ މާއްދާ - ގާނޫނު ތަންފީޒު ކުރާ އިދާރާއެއް މުވައްޒަފުން ކުރާ ހުއްދަ އަމަލު
(ހ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް އުނިކަން ނާންނާނެ ގޮތުގެމަތިން އަންނަނިވި ހާލަތްތަކުގައި މީހަކު ކުރާ އަމަލަކީ ހުއްދަކުރެވިގެންވާ އަމަލެވެ:
- ގާނޫނު ހުއްދަކުރާ ގޮތުގެމަތިން މީހަކު ހައްޔަރުކުރުމުގައި، ނުވަތަ ހައްޔަރުކުރުމަށް އެހީތެރިވެދިނުމުގައި؛ ނުވަތަ
- ހައްޔަރުކޮށްފައިވާ މީހަކު ބަންދުން ފިލައިގެން ދިއުން ހުއްޓުވުމުގައި؛ ނުވަތަ
- މީހަކު އަމިއްލައަށް މަރުވުން ހުއްޓުވުމުގައި.
(ށ) މަރުވެދާނެ ފަދަ ގޮތަކަށް ނުވަތަ ބޮޑެތި ޖިސްމާނީ އަނިޔާދެވިދާނެ ފަދަ ގޮތަކަށް ބާރުގެ ބޭނުންކުރުން
މީހަކު މަރުވެދާނެ ފަދަ ގޮތަކަށް، ނުވަތަ މީހަކަށް ބޮޑު ޖިސްމާނީ އަނިޔާ ލިބިދާނެ ފަދަ ގޮތަކަށް، ބާރުގެ ބޭނުންކުރުން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ހުއްދަކުރެވިގެންވާނީ، އެ އަމަލަކީ އެހެން ބަޔަކު މަރުވެގެންދިއުން ނުވަތަ އެހެން ބަޔަކަށް ބޮޑެތި ޖިސްމާނީ އަނިޔާތައް ލިބިގެންދިއުން ހުއްޓުވުމަށްޓަކައި ކުރެވޭ އަމަލެއްކަމުގައި އެ އަމަލުވާނަމައެވެ.
އެހެން މީހުންގެ ސުލޫކާއި، ރައްކާތެރިކަމާއި، އެހެން މީހުނަށް އަޅާލުމުގެ ޒިންމާ އޮތް
ފަރާތްތަކުން ބާރުގެ ބޭނުންކުރުން
44 ވަނަ މާއްދާ - އެހެން މީހުންގެ ސުލޫކާއި، ރައްކާތެރިކަމާއި، އެހެން މީހުނަށް އަޅާލުމުގެ ޒިންމާ އޮތް ފަރާތްތަކުން ބާރުގެ ބޭނުންކުރުން
މީހަކު ބާރުގެ ބޭނުންކުރިކުރުން ގާނޫނުގައި ހުއްދަ ކަމެއްކަމުގައި ބެލެވޭނީ އަންނަނިވި ހާލަތްތަކުގައި އަންނަނިވި މީހުން އެ އަމަލު ކުރާ ނަމައެވެ:
(ހ) އެ މީހަކީ މީހެއްގެ ބައްޕަ ނުވަތަ މަންމަ، ނުވަތަ ގާނޫނީ ބަލަދުވެރިޔާ، ނުވަތަ މުދައްރިސު، ނުވަތަ ކުޑަކުއްޖެއް ކަމުގައި ބެލެވޭ ކުއްޖަކަށް އަޅާލުމާއި އޭނާ ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރެވިފައިވާ މީހެއްކަމުގައިވާ ހާލު، ނުވަތަ އެފަދަ ޒިންމާއޮތް މީހެއްގެ އެދުމުގެ މަތިން އަމަލުކުރަމުންދާ މީހެއްކަމުގައިވާ ހާލު، އެ ބޭނުންކުރާ ބާރަކީ:
- އެފަދަ ކުޑަކުއްޖެއްގެ މައްޗަށް ހިންގާ ބާރެއްކަމުގައި ވުމާއި؛ އަދި
- އެކުއްޖާ ތަބާވާން ޖެހޭ ސުލޫކީ މިންގަނޑަށް ތަބާ ނުވެގެން އެ މިންގަނޑާ ހިލާފުވިޔަނުދިނުމަށްޓަކައި އަޅާ ފިޔަވަޅެއްގައި، ބޭނުންކުރެވޭ ބާރު ހިމެނޭ ގޮތުން، އެކުއްޖާގެ މަސްލަހަތު ހިމާޔަތްކޮށް ދެމެހެއްޓުމަށާއި ރައްކާތެރިކުރުމަށްޓަކައި އެ ބާރުގެ ބޭނުންކުރުމަކީ ބޭނުންތެރިކަމަކަށް ވުމާއި؛ އަދި
- އެގޮތުން ބޭނުންކުރާ ބާރުގެ ސަބަބުން މީހަކު މަރުވުން ފަދަ، ނުވަތަ މީހަކަށް ބޮޑު ޖިސްމާނީ އަނިޔާ ލިބުން ފަދަ، ނުވަތަ ބޮޑެތި ވޭން ލިބުން ފަދަ ނުވަތަ ސިކުނޑީގެ ހާސްކަން ލިބުން ފަދަ ނުވަތަ ލަދުވެތިކަން އިހްސާސްވުން ފަދަ ކަމެއް ކުރިމަތިވެދާނެ މިންވަރަށް ބޭނުންކުރެވޭ ބާރަކަށް ނުވުން؛ ނުވަތަ
(ށ) އެ މީހަކީ ޑޮކްޓަރަކަށް ނުވަތަ ހުއްދަކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކަށް ނުވަތަ އެފަދަ މީހެއްގެ އިރުށާދުގެ މަތިން އެއިން މީހަކަށް އެހީތެރިވަމުންދާ މީހަކަށް ވުމާއި، އަދި؛
- މީހެއްގެ ޖިސްމާނީ ނުވަތަ ސިކުނޑީގެ ސިއްހަތު ހިމާޔަތްކޮށްދީ ރައްކާތެރިކޮށްދިނުމަށްޓަކައި އޭނާއަށް ދޭންޖެހޭކަމަށް ގަބޫލުކުރެވޭ ފަރުވާއެއް ދިނުމަށްޓަކައި ބޭނުންކުރާ ބާރެއް ކަމުގައިވުން؛ އަދި
- އެ މީހަކަށް އެ ފަރުވާ ދެވެނީ:
- އެ މީހާގެ ރުހުމާ އެކުގައި ކަމުގައިވުން؛ ނުވަތަ
- އެ މީހަކީ ޖިސްމާނީ ގޮތުން ބަލާއިރު ނުވަތަ ގާނޫނީ ގޮތުން ބަލާއިރު އަމިއްލައަށް ހުއްދަ ދެވެން ނެތް މީހެއްކަމުގައިވާ ހާލު އޭނާގެ ބެލެނިވެރިއެއްގެ ނުވަތަ ބައްޕަގެ ނުވަތަ މަންމަގެ ނުވަތަ އެފަދަ ރުހުމެއް ދެވިދާނެ ބާރެއް ގާނޫނީ ގޮތުން ލިބިގެންވާ ފަރާތެއްގެ ރުހުމާ އެކުގައި ކަމުގައިވުން؛ ނުވަތަ
- އަންނަނިވި ހާލަތްތަކުގައި ކަނޑައެޅިގެން ލިބިފައިވާ ރުހުމެއްނެތި ކަމުގައިވުން.
(ހހ) އެ ފަރުވާ ދޭންޖެހުނީ ކުއްލިނުރައްކަލުގެ ހާލަތެއްގައި ކަމުގައިވުން؛ އަދި
(ށށ) ހުއްދަދެވޭ ފަދަ މީހަކާ މަށްވަރާކުރާނެ ފުރުސަތު ނެތުން؛ އަދި
(ނނ) އެކަމަކީ، އެކަށީގެންވާ ގޮތުގައި ވިސްނައި އުޅޭ މީހަކު އޭނާގެ މަސްލަހަތު ސަލާމަތްކުރުމަށް ހުއްދަކުރާނެކަމެއްކަމަށް ބެލެވުން؛ ނުވަތަ
(ނ) އޭނާއަކީ މީހުން ބަންދުގައި ތިބޭއިރު ބެލެހެއްޓުމުގެ ޒިންމާ އޮތް މުވައްޒަފަކު ކަމުގައިވުމާއި: އަދި؛
- އޭނާ ބޭނުންކުރި ބާރަކީ މީހުން ބަންދުކުރާ މަރުކަޒެއްގެ ހުއްދަ އުސޫލުތަކާއި ގަވާއިދުތައް ތަންފީޒުކުރުމަށްޓަކައި ބޭނުންކުރަންޖެހޭ ބާރަކަށްވުން؛ އަދި
- މީހަކު މަރުވެދާނެ ފަދަ ގޮތަކަށް ބާރުގެ ބޭނުންކުރާކަމަށް ވާނަމަ އެފަދަ ބާރެއްގެ ބޭނުންކުރުމަކީ މި ބާބުގައި ހުއްދަކުރެވިގެންވާ ކަމަކަށްވުން؛ ނުވަތަ
(ރ) އޭނާއަކީ މަތިންދާބޯޓެއްގެ، ނުވަތަ އިންޖީނުއެޅި އެއްގަމު އުޅަނދެއްގެ، ނުވަތަ ކަނޑުގެ އުޅަނދެއްގެ، ނުވަތަ އެއް ތަނުން އަނެއް ތަނަށް މުދާ ނުވަތަ މީހުން އުފުލުމުގެ އެހެންވެސް ވަސީލަތެއްގެ ސަލާމަތާއި ރައްކާތެރިކަމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ މީހަކަށްވުން؛ ނުވަތަ އެފަދަ މީހެއްގެ އިރުށާދުގެ މަތިން އަމަލުކުރާ މީހެއްކަމަށްވުން؛ އަދި
- ބާރުގެ ބޭނުންކުރަންޖެހެނީ އަންނަނިވި ކަންކަމަށް ހުރަސްއެޅޭ ފަދަ ކަންކަން ހުއްޓުވުމަށް ކަމުގައިވުން:
- އެފަދަ ވަސީލަތެއް ހިންގުން ހުއްޓުވުމަށް ކުރެވޭ މަސައްކަތެއް ހުއްޓުވުމަށް ކަމުގައިވުން؛ ނުވަތަ
- ގާނޫނީ ގޮތުން ހުއްދަ އަމުރެއް ތަންފީޒުކުރުމަށް ކަމުގައިވުން؛ އަދި
- މީހަކު މަރުވެދާނެ ފަދަ ގޮތަކަށް ބާރުގެ ބޭނުންކުރާކަމަށް ވާނަމަ، އެފަދަ ބާރެއްގެ ބޭނުންކުރުމަކީ މި ބާބުގައި ހުއްދަކުރެވިގެންވާ ކަމަކަށްވުން.
(ބ) މާނަކުރުން
- "ގާނޫނީ ބަލަދުވެރިޔާ" ކަމުގައި ބުނެފައި އެވަނީ ގާނޫނީ ގޮތުން ތަސައްރަފެއް ނެތް މީހެއްގެ ފަރާތުން އެކިއެކި ނިންމުންތައް ނިންމުމުގެ ޒިންމާ ހަވާލުވެގެންވާ ފަރާތަކަށެވެ.
- "ހުއްދަކޮށްފައިވާ ސިއްހީ މަސައްކަތްތެރިއެއް" ކަމުގައި ބުނެފައި އެވަނީ ސަރުކާރުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ނުވަތަ އާންމުކޮށް ގަބޫލުކުރެވޭ މެޑިކަލް އިދާރާއަކުން، އޭނާއަކީ ޑަކްޓަރީ ބޭސްކުރެވޭނެ ފެންވަރު ހުރި މީހެއްކަމަށް ކަނޑައަޅައި، ހުއްދަ ދީފައިވާ މީހަކަށެވެ.
ނަފުސުގެ ދިފާއު
45 ވަނަ މާއްދާ - ނަފުސުގެ ދިފާއު
(ހ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް އުނިކަން ނާންނާނެ ގޮތުގެމަތިން، މީހަކު ބާރުގެ ބޭނުންކުރުން ހުއްދަވެގެންވަނީ އަންނަނިވި ހާލަތްތަކުގައި އަންނަނިވި ސަބަބުތަކަށްޓަކައެވެ:
- އަންނަނިވި ފަރާތްތަކާ ދެކޮޅަށް އެހެން މީހަކު ހުއްދަނޫން ގޮތެއްގައި ބާރުގެބޭނުން ކުރާ ހިނދުގައި ނުވަތަ ބާރުގެ ބޭނުންކޮށްފާނެ ކަމަށް ބެލެވޭ ހިނދުގައި ބޭނުންކުރަންޖެހޭ ބާރަކަށްވުން؛
- ތިމާގެ އަމިއްލަ ނަފުސު؛ ނުވަތަ
- އެހެން މީހެއްގެ ނަފުސު؛ އަދި
- ބޭނުންކުރާ ބާރަކީ ކުރިމަތިވާނެކަމަށް ބެލެވޭ ގެއްލުމާ އަޅައިބަލާއިރު ނިސްބަތުން އިތުރަށް ބޭނުންކުރެވުނު ބާރަކަށް ނުވުން.
(ށ) މީހަކު މަރުވެދާ ފަދަ ނުވަތަ މީހަކަށް ޖިސްމާނީ ބޮޑު އަނިޔާ ލިބިދާ ފަދަ މިންވަރަށް ބާރުގެ ބޭނުންކުރުން
މި މާއްދާގެ (ހ) ގެ ދަށުން ހިންގޭ އަމަލެއްގައި ބާރުގެ ބޭނުންކުރުމުގައި މީހަކު މަރުވެދާ ފަދަ ނުވަތަ މީހަކަށް ޖިސްމާނީ ބޮޑު އަނިޔާ ލިބިދާ ފަދަ ގޮތަކަށް ބާރުގެ ބޭނުންކުރުން ހުއްދަވެގެންވާނީ އެފަދަ ބާރެއްގެ ބޭނުންކުރަނީ މީހަކު މަރުވެދާނެކަމުގެ ނުރައްކާ ކުރިމަތިވާ ހިނދުގައި އެކަމުން ދިފާއުވުމަށާއި، ބޮޑެތި ޖިސްމާނީ އަނިޔާ ފޯރުކޮށްފާނެ ކަމުގެ ނުރައްކާ ކުރިމަތިވާ ހިނދުގައި އެކަމުން ދިފާއުވުމަށާއި، ރޭޕްކޮށްފާނެކަމުގެ ނުރައްކާ ކުރިމަތިވާ ހިނދުގައި އެކަމުން ދިފާއުވުމަށެވެ. (އިސްލާހު ކުރެވިފައި)
(ނ) މާނަކުރުން
- އަންނަނިވި ހާލަތްތަކުގައި ބާރުގެބޭނުންކުރުން ހުއްދަވެގެނެއް ނުވެއެވެ:
- މި ގާނޫނުގެ 2 ވަނަ ބައިގައި ކަނޑައަޅާފައިވާ ކުށެއްގެ، މަގްސަދުގެ ރުކުންތަކުގެ ތެރެއަށް، އެ އަމަލު ފެތުން؛ އަދި
- މި ބާބުގައި ކަނޑައަޅާފައިވާ ދިފާއަކަށް އެ އަމަލު ނުފެތުން
- ބޭނުންވާ މިންވަރަށްވުރެ އިތުރަށް ބާރުގެ ބޭނުންކުރެވިއްޖެކަމުގައި ބެލެވޭނީ އެކަށީގެންވާ ގޮތުގައި ވިސްނައި އުޅޭ މީހެއްގެ ވިސްނުމުގައި، އެއީ ހަމަހަމަވެގެންވާ ގޮތެއްގައި ބޭނުންކުރެވުނު ބާރެއްކަމުގައި ނުބަލާ ހިނދުގައެވެ.
މުދަލުގެ ދިފާއު
46 ވަނަ މާއްދާ - މުދަލުގެ ދިފާއު
(ހ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް އުނިކަމެއް ނާންނާނެ ގޮތުގެމަތިން، މީހަކު ބާރުގެ ބޭނުންކުރުން ހުއްދަވެގެންވަނީ އަންނަނިވި ހާލަތްތަކުގައި އަންނަނިވި ސަބަބުތަކަށްޓަކައެވެ:
- ބާރުގެ ބޭނުންކުރަންޖެހެނީ އެހެން މީހަކު ބާރުގެ ބޭނުންކުރާ ހިނދެއްގައި ނުވަތަ ކޮށްފާނެ ހިނދެއްގައި ނުވަތަ ތިމާގެ ނުވަތަ އެހެން މީހެއްގެ މިލްކުގައިވާ ސަރަހައްދަކަށް ހުއްދައެއްނެތި ވަދެއްޖެ ހިނދެއްގައި، ނުވަތަ މުދަލަކަށް ގޯނާއެއް ކުރާ ހިނދެއްގައި އަންނަނިވި ބާވަތުގެ މުދަލާ ގުޅިގެންނެވެ.
- ތިމާގެ އަމިއްލަ މުދާ؛ ނުވަތަ
- އެހެން ފަރާތެއްގެ މުދާ؛ އަދި
- ބޭނުންކުރާ ބާރަކީ، ކުރިމަތިވާނެ ކަމަށް ބެލެވޭ ގެއްލުމާ އަޅައިބަލާއިރު، ނިސްބަތުން އިތުރަށް ބޭނުންކުރެވުނު ބާރަކަށް ނުވުން.
(ށ) މީހަކު މަރުވެދާ ފަދަ ގޮތަކަށް ނުވަތަ މީހަކަށް ޖިސްމާނީ ބޮޑެތި އަނިޔާ ލިބިދާ ފަދަ ގޮތަކަށް ބާރުގެ ބޭނުންކުރުން
ބާރުގެ ބޭނުންކުރުމުގައި، މީހަކު މަރުވެދާ ފަދަ ގޮތަކަށް ނުވަތަ މީހަކަށް ޖިސްމާނީ ބޮޑު އަނިޔާއެއް ލިބިދާ ފަދަ ގޮތަކަށް މީހެއްގެ މައްޗަށް ބާރުގެ ބޭނުންކުރުމަކީ މުދާ ސަލާމަތްކުރުމުގެ މަގްސަދުގައި އެކަނި ހުއްދަކުރެވިގެންވާ ކަމެއް ނޫނެވެ.
މާނަކުރުން
47 ވަނަ މާއްދާ - މާނަކުރުން
(ހ) "ބަންދުގައި ތިބޭ މީހުން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އުފުލާ މުވައްޒަފު" އަށް ދީފައިވަނީ މި ގާނޫނުގެ 532 ވަނަ މާއްދާގެ (ށ) ގައި "މީހުން ބަންދުގައި ބައިތިއްބާ ތަނެއް ބަލަހައްޓާ މުވައްޒަފު" އަށް ދީފައިވާ މާނަކުރުމެވެ.
(ށ) "ބާރުގެ ބޭނުން އިތުރަށް ކުރެވިއްޖެ ކަމުގައި ބެލުން" އަށް ދީފައިވަނީ މި ގާނޫނުގެ 45 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ނ) "ގާބިލުކަން ނެތް" އަށް ދީފައިވަނީ މި ގާނޫނުގެ 27 ވަނަ މާއްދާގެ (ރ) ގައި ދީފައިވާ މާނަކުރުމެވެ.
(ރ) "ހުއްދަކުރެވިގެންވާ ދިފާއު" އަދި "ހުއްދަ ހާލަތު" އަށް ދީފައިވަނީ މި ގާނޫނުގެ 40 ވަނަ މާއްދާގެ (ހ) ގައި ދީފައިވާ މާނަކުރުމެވެ.
(ބ) "ބާރުގެ ބޭނުންކުރަން ޖެހޭ ނުވަތަ ވަކި ގޮތަކަށް އަމަލުކުރަން ޖެހޭ ހާލަތްތައް" އަށް ދީފައިވަނީ މި ގާނޫނުގެ 41 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
(ޅ) "ދައުލަތުގެ މުވައްޒަފު" އަށް ދީފައިވަނީ މި ގާނޫނުގެ 533 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
(ކ) "ހަށިގަނޑަށް ލިބޭ ބޮޑެތި އަނިޔާ" އަށް ދީފައިވަނީ މި ގާނޫނުގެ 17 ވަނަ މާއްދާގެ (91) ވަނަ ނަންބަރު ގައި ދީފައިވާ މާނަކުރުމެވެ.
(އ) "ހުއްދަވެގެންނުވާ" އަށް ދީފައިވަނީ މި ޤާނޫނުގެ 32 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
50 ވަނަ ބާބު
މައާފު ލިބެނިވި ދިފާއު
50 ވަނަ މާއްދާ - މައާފު ލިބެނިވި ދިފާއާ ގުޅޭ އާންމު އުސޫލުތައް
51 ވަނަ މާއްދާ - އަމިއްލަ އިހްތިޔާރުގައި ނޫން ގޮތަކަށް ކުރެވޭ އަމަލު އަދި އަމިއްލަ އިހްތިޔާރުގައި ނޫން ގޮތަކަށް ނުކޮށް ދޫކޮށްލެވޭ އަމަލު
52 ވަނަ މާއްދާ - ބުއްދިއަށް އުނިކަން ލިބިގެންވުން
53 ވަނަ މާއްދާ - ތަސައްރުފުނުފުދުން
54 ވަނަ މާއްދާ - އަމިއްލަ އިހްތިޔާރުގައި ނޫން ގޮތަކަށް މަސްތުވުން
55 ވަނަ މާއްދާ - ބާރުގެ ބޭނުންކޮށްފާނެކަމުގެ ނުފޫޒު
56 ވަނަ މާއްދާ - ހަމަހެއަށް އުނިކަން އައުން
57 ވަނަ މާއްދާ - އެނގިގެންނުވާ ކަންތައްތަކާއި ކުށްހީގެ މައްޗަށް ގަބޫލުކުރެވޭ ކަންތައްތައް
58 ވަނަ މާއްދާ - ހުއްދަ ދިފާއެއް ލިބިގެންވާކަމަށް ކުށްހީއެއްގައި ގަބޫލުކުރެވުން
59 ވަނަ މާއްދާ - މާނަކުރުން
މައާފު ލިބެނިވި ދިފާއާ ގުޅޭ އާންމު އުސޫލުތައް
50 ވަނަ މާއްދާ - މާނަކުރުން
(ހ) "މައާފު ލިބެނިވި ދިފާއު" ނުވަތަ "މައާފު" ކަމަށް ބުނެފައި އެވަނީ މި ބާބުގައި ކަނޑައަޅާފައިވާ ކޮންމެ ދިފާއަކަށެވެ.
(ށ) މައާފު ލިބެނިވި ދިފާއެއްގެ ހައްގު އޮތް މީހެއްގެ އަމަލު ހުއްޓުވުން
މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، މީހަކު ކުރާ ހުއްދަނޫން އަމަލެއްގެ ސަބަބުން އޭނާއަށް މައާފު ލިބިދެވޭ ލިބިދިނުމަކީ، ގާނޫނު ހުއްދަކުރާ ގޮތެއްގެމަތިން، އޭނާއަށް ނުދީ ހިފެހެއްޓިދާނެ ދިފާއެކެވެ.
(ނ) މައާފު ލިބެނިވި ދިފާއު އެހެން މީހަކާ ހިއްސާނުކުރެވުން
މައާފު ލިބެނިވި ދިފާއެއްގެ ފައިދާ ލިބުން ހައްގުވާ މީހާ ކުށުގެ އަމަލު ހިންގާއިރު އޭނާއަށް ހަމައެކަނި އެހީތެރިވެދިން ކަމަށްޓަކައި، އެގޮތުން އެހީތެރިވެދިން މީހާއަކަށް އެ ދިފާއުގެ ފައިދާއެއް ނުލިބޭނެއެވެ.
(ރ) މއާފު ލިބެނިވި ދިފާއު ބޭނުންކުރެވިދާނެ ފަދަ ހާލަތްތައް އުފަންކުރުވުމަކީ އެ ދިފާއު ނުލިބޭނެ ސަބަބަކަށް ނުވުން
މި ބާބުގެ ދަށުން މައާފު ލިބެނިވި ދިފާއެއް ބޭނުންކުރެވިދާނެ ފަދަ ހާލަތެއް މީހަކު އަމިއްލައަށް އުފަންކުރުވުމަކީ އޭނާ ކުރި އަމަލާ ގުޅިގެން އެ ދިފާއުގެ ބޭނުން ނުހިފޭނެ ސަބަބެއް ނޫނެވެ. އެހެންނަމަވެސް، އެ އަމަލަށް، މި މާއްދާގެ (ބ) ގެ ދަށުން އޭނާ ޒިންމާ އުފުލަން ޖެހިދާނެއެވެ.
(ބ) މައާފު ލިބެނިވި ދިފާއެއް ބޭނުންކުރެވިދާ ފަދަ ހާލަތެއް ކުށުގެ ނިޔަތެއް އޮވެގެން އުފަންކުރުވުން
- މި މާއްދާގެ (ރ) އެހެން އޮތް ނަމަވެސް، އޭނާގެ އަމިއްލަ ދިފާއުގައި ނުވަތަ އެހެން މީހެއްގެ ދިފާއުގައި، މައާފު ލިބެނިވި ދިފާއެއް ބޭނުންކުރެވިދާ ފަދަ ހާލަތެއް، ކުށެއްކުރުމަށްޓަކައި، ކުށުގެ ނިޔަތް އޮވެގެން އުފަންކޮށްފި ހިނދެއްގައި، އޭނާ އެކުރަނީ ކުށެކެވެ.
- ދިފާއު
މި މާއްދާގެ (ބ) ގެ (1) ވަނަ ނަންބަރުގެ ދަށުން އުފުލަންޖެހޭ ޒިންމާއަކާ ގުޅިގެން، އާންމު ކޮންމެ ދިފާއެއްގެވެސް ބޭނުންކުރެވިދާނެއެވެ.
(ޅ) މައާފު ލިބެނިވި ދިފާއެއްގެ ފައިދާ އޮތް ކަމަށް ހީކުރުމަކީ ދިފާއެއް ނޫން
މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، މީހެއްގެ އަމަލަކީ މައާފު ލިބެނިވި ދިފާއުގެ ފައިދާ ލިބިދެވޭނެ އަމަލެއްކަމުގައި ކުށްހީއަކުން އޭނާއަށް ހީވުމަކީ ދިފާއެއް ނޫނެވެ.
އަމިއްލަ އިހްތިޔާރުގައި ނޫން ގޮތަކަށް ކުރެވޭ އަމަލު އަދި އަމިއްލަ އިހްތިޔާރުގައި
ނޫން ގޮތަކަށް ނުކޮށް ދޫކޮށްލެވޭ އަމަލު

މީހަކު ކުރި ކުށެއްގެ ޒިންމާ އެ މީހަކު އުފުލަންޖެހެނީ އަންނަނިވި ހާލަތްތަކުގައިކަމަށް ވާނަމަ، އެ ކުށަކަށް އެ މީހަކަށް މައާފުލިބިގެންވެއެވެ:
(ހ) އޭނާ ކުރި އަމަލަކީ، އެ އަމަލުކުރުމަށް އޭނާގެ އަމިއްލަ އިހްތިޔާރުގައި ނުވަތަ އަމިއްލަ ވިސްނުމުގައި ކަނޑައަޅައިގެން ކުރި އަމަލަކަށް ނުވުން؛ ނުވަތަ
(ށ) އޭނާ ނުކޮށް ދޫކޮށްލި ކަމަކީ، ސިކުނޑީގެ ގޮތުން ނުވަތަ މާއްދީ ގޮތުން އޭނާ ކުރުމަށް ނުކުޅެދިގެންވާ ކަމަކަށްވުން، ނުވަތަ ނުކޮށް ދޫކޮށްލި އަމަލު ކުރުމަކީ އޭނާހުރި ހާލަތުގެ ގޮތުން އޭނާގެ ކިބައިން އެކަށީގެންވާ ގޮތުގައި އުންމީދުކުރެވޭ ކަމެއްކަމުގައި ނުވުން.
ބުއްދިއަށް އުނިކަން ލިބިގެންވުން

(ހ) ކުށްކުރިމީހާގެ ސިކުނޑިއަށް، ކުށްކުރި ހިނދުގައި ލިބިފައި ހުރި ގެއްލުމެއްގެ ސަބަބުން ނުވަތަ ޖެހިފައި ހުރި ބައްޔެއްގެ ސަބަބުން، އަންނަނިވި ކަންކަން ކުރުމަށް އެ ވަގުތު ނުކުޅެދިގެންވާ މީހާއަކީ އޭނާ ކުރި ކުށަކަށް މައާފުލިބިގެންވާ މީހެކެވެ:
- ކުށުގެ އަމަލުގެ ގޮތުގައި ބެލެވޭ އަމަލުގެ ބާވަތާއި ނަތީޖާ އެކަށީގެންވާ ގޮތުގައި ވިސްނައިގަތުމަށް ނުކުޅެދިގެންވުން؛ ނުވަތަ
- ކުށުގެ އަމަލުގެ ގޮތުގައި ބެލެވޭ އަމަލުގެ ނުރަނގަޅުކަން ވިސްނައިގަތުމަށް ނުކުޅެދިގެންވުން؛ ނުވަތަ
- ކުށުގެ އަމަލުގެ ގޮތުގައި އޭނާ ހިންގި އަމަލު ހުއްޓުމަށްޓަކައި ބާރެއް ހިންގުމަށް ނުކުޅެދިގެންވުން.
އިޖްތިމާއީ މިންގަނޑުތަކާ ދެކޮޅު ށަހްސުތައް އެކަހެރި ކުރެވިގެންވުން
(ށ) މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ސިކުނޑިއަށް ޖެހިފައިވާ ބައްޔެއް ނުވަތަ ނުކުޅެދުމެއްކަމުގައި ބެލެވޭ ކަންކަމުގެ ތެރޭގައި، ހަމައެކަނި ތަކުރާރުކޮށް ކުށްކުރާ ކުށްވެރިންނާއި، އާންމު އިޖްތިމާއީ މިންގަނޑުތަކާ ދެކޮޅު އަމަލުތައް ހިންގާ މީހުންކަމުގައި ބެލެވޭ މީހުންގެ ކިބައިން އެކަނި ހާމަވާ ސިކުނޑީގެ ހާލަތްތަކެއް ހިމެނިގެނެއްނުވެއެވެ.
(ނ) ކުށުން ބަރީއަކޮށް ދޫކުރެވޭ މީހުންގެ ސިއްހީ ހާލަތު ކަށަވަރުކުރުން
މި މާއްދާގެ ދަށުން ކުށުން ބަރީއަކުރެވި ދޫކުރެވޭ މީހަކީ ނަފުސާނީ ބަލިތަކުގެ މަރުކަޒެއްގައި ނުވަތަ ސިކުނޑީގެ ފަރުވާދޭ މަރުކަޒެއްގައި، ބަހައްޓަންޖެހޭ މީހެއްކަން ކަށަވަރުކުރުމަށްޓަކައި ސިއްހީ ގޮތުން ބަލަންޖެހޭ ބެލުންތައް ބެލުމަށްޓަކައި، ހުށަހަޅަންޖެހޭނެ މީހެކެވެ. އެފަދަ ތަނަކަށް ހުށަހަޅައި، ސިއްހީ ގޮތުން ބަލަންޖެހޭ ބެލުމަށްޓަކައި 60 ދުވަހަށްވުރެ ދިގުމުއްދަތެއް ހޭދަވެގެންނުވާނެއެވެ. އެ މުއްދަތު ވާންވާނީ ސިއްހީ ގޮތުން ބަލަންޖެހޭ ބެލުންތައް ބެލުމަށް ހޭދަވާ ވަގުތާއި 60 ދުވަހާ މި ދެ މުއްދަތުގެ ތެރެއިން، ކުރު މުއްދަތަކަށެވެ.
ތަސައްރުފުނުފުދުން
53 ވަނަ މާއްދާ - ތަސައްރުފުނުފުދުމުން މައާފުލިބިގެންވުން
(ހ) ކުށްކުރި މީހާއަކީ، ކުށްކުރި ހިނދުގައި އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއްގައި ހުރި މީހެއްކަމުގައި ވާނަމަ، އޭނާގެ ކުށަކީ މައާފުލިބިގެންވާ ކުށެކެވެ:
- ބޮޑުމީހަކަށް ލިބިގެންވާ ތަސައްރުފުފުދުމުގެ ގާބިލުކަން ލިބިފައިވާ މީހަކަށް ނުވުމާއި، އަދި
- އެ ގާބިލުކަން ނެތުމުގެ ނަތީޖާއެއްގެ ގޮތުން އަންނަނިވި ކަންކަން ކުރުމަށް އޭނާ ނުކުޅެދިގެންވުން:

- ކުށުގެ އަމަލުގެ ގޮތުގައި އޭނާ ހިންގި އަމަލު ހުއްޓުމަށްޓަކައި، ބާރެއް ހިންގުމަށް ނުކުޅެދިގެންވުން
(ށ) ތަސައްރުފުނުފުދޭކަމަށް ބެލުން
- ކުށްކުރި ހިނދު، 15 އަހަރު ފުރިހަމަވެފައިނުވާ ކުއްޖަކީ، މައާފު ލިބެނިވި ދިފާއުގެ ފުރިހަމަ ފައިދާ ލިބިގެންވާ ކުއްޖެއްކަމުގައި ބެލެވޭނެއެވެ.
- މި ގާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުގެ ދަށުން، އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު، ކުށްކުރިއިރު 18 އަހަރު ފުރިހަމަނުވާ ކުއްޖަކީ، މައާފު ލިބެނިވި ދިފާއުގެ ފައިދާ ލިބިގެންވާ ކުއްޖެއްކަމުގައި ބެލެވޭނެއެވެ.
- ކުށް ކުރި މީހާ އެހެން ގޮތަކަށް ސާބިތުނުކުރާހާ ހިނދަކު، ކުށްކުރި ހިނދުގައި 18 އަހަރު ފުރިހަމަވެފައިވާ މީހަކުނަމަ، އެމީހަކު ބެލެވޭނީ ބޮޑު މީހަކާ އެއްފަދައިން ތަސައްރުފު ފުދިފައިވާ މީހެއް ކަމުގައެވެ.
(ނ) އިސްތިސްނާ
ކުށްކުރި ހިނދުގައި 18 (އަށާރަ) އަހަރު ފުރިހަމަނުވާ ކުދިންގެ ތެރެއިން، މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން މައާފު ލިބެނިވި ދިފާއުގެ ފައިދާ ލިބިގެންވާ ކުދިން، އިސްލާމީ ށަރީއަތުގައި ހައްދު ކަނޑައެޅިފައިވާ ކުށްތަކާއި ޖިނާޔަތުގެ އަނިޔާވެރި ކުށްތަކުގެ ކުށުގެ ޒިންމާ ނަގަންވާނެއެވެ. މިފަދަ ކުށަކަށް އެކުއްޖަކަށް މަރުގެ އަދަބު ދޭންޖެހޭފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ކުށުގެ އަދަބު ތަންފީޒުކުރަންވާނީ، އެކުއްޖާގެ އުމުރުން18 (އަށާރަ) އަހަރު ފުރިހަމަވުމަށްފަހުއެވެ. (އިސްލާހު ކުރެވިފައި)
(ރ) ކުޑަކުދިންގެ މައްސަލަތައް ކުޑަކުދިންނަށް ހާއްސަކުރެވިފައިވާ ޖިނާއީ އަދުލުގެ ނިޒާމެއްގެ ތެރެއިން ހިންގުން
ކުށްކުރި ހިނދުގައި 18 އަހަރު ފުރިހަމަނުވާ ކުޑަކުދިންގެ ތެރެއިން، މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން މައާފު ލިބެނިވި ދިފާއުގެ ފައިދާ ލިބިގެންވާ ކުއްޖެއްގެ މައްސަލައިގެ އެހެން ހުރިހާ ށަރުއީ މަރުހަލާތައް ކުރިއަށް ގެންދަންވާނީ ޖިނާއީ އަދުލުގެ އާންމު ނިޒާމުން ބޭރުން ކުޑަކުދިންގެ މައްސަލަތައް ބަލާ ހާއްސަ ނިޒާމެއްގެ ދަށުންނެވެ.
އަމިއްލަ އިހްތިޔާރުގައި ނޫން ގޮތަކަށް މަސްތުވުން
54 ވަނަ މާއްދާ - އަމިއްލަ އިހްތިޔާރުގައި ނޫން ގޮތަކަށް މަސްތުވުން
(ހ) އަމިއްލަ އިހްތިޔާރުގައި ނޫން ގޮތަކަށް މަސްތުވެފައި ހުރުމުގެ ސަބަބުން އަންނަނިވި ކަންކަން ކުރުމަށް ކުށްކުރި ހިނދުގައި ނުކުޅެދިގެންވާ މީހާއަކީ އޭނާ ކުރި ކުށަށް މައާފުލިބިގެންވާ މީހެކެވެ:
- ކުށުގެ އަމަލުގެ ގޮތުގައި ބެލެވޭ އަމަލުގެ ބާވަތާއި ނަތީޖާ އެކަށީގެންވާ ގޮތުގައި ވިސްނައިގަތުމަށް ނުކުޅެދިގެންވުން؛ ނުވަތަ
- ކުށުގެ އަމަލުގެ ގޮތުގައި ބެލެވޭ އަމަލުގެ ނުރަނގަޅުކަން ވިސްނައިގަތުމަށް ނުކުޅެދިގެންވުން؛ ނުވަތަ
- ކުށުގެ އަމަލުގެ ގޮތުގައި އޭނާ ހިންގި އަމަލު ހުއްޓުވުމަށްޓަކައި ބާރެއް ހިންގުމަށް ނުކުޅެދިގެންވުން.
(ށ) އަމިއްލަ އިހްތިޔާރުގައި ނޫން ގޮތަކަށް މަސްތުވުން
އަމިއްލަ އިހްތިޔާރުގައި ނޫންގޮތަކަށް މަސްތުވުންކަމުގައި ބަލާނީ އަންނަނިވި ހާލަތްތަކުގައެވެ:
- އެކަން ކުރިމަތިވީ އޭނާއަށް އެނގުމަކާނުލައި، އޭނާގެ ހަށިގަނޑުގެ ތެރެއަށް ވާސިލުކުރި އެއްޗެއްގެ ސަބަބުން ކަމުގައިވުން؛ ނުވަތަ
- މަސްތުކުރުވި އެއްޗެއްގެ ނިސްބަތަށް ބަލާއިރު، އެއިން އެ ކުރުވި މަސްތަކީ އެއިން އާންމު ގޮތެއްގައި ކުރުވާނެ މަސްތުގެ މިންވަރަށް ވުރެ ބޮޑަށް ވީ މަސްތެއްކަމުގައި ވުމާއި، އޭނާގެ ހަށިގަނޑުގެ ކަންކަން ހުންނަ ގޮތުން އެކަން އެގޮތަށް ވެދާނެކަން އޭނާއަށް ނޭނގި އޮތުމާއި، އަދި އެކަން އޭނާ ދެނެގަންނާނެ އެކަށީގެންވާ ގޮތެއްވެސް ނެތުން.
ބާރުގެ ބޭނުންކޮށްފާނެކަމުގެ ނުފޫޒު
55 ވަނަ މާއްދާ - ބާރުގެ ބޭނުންކޮށްފާނެކަމުގެ ނުފޫޒު
(ހ) ކުށްކުރި ވަގުތު އެ ކުށް ކުރީ އަންނަނިވި ހާލަތްތަކުގައިކަމުގައި ވާނަމަ، އެ ކުށްކުރި މީހާ ކުރި ކުށަށް އޭނާ އަށް މައާފުލިބިގެންވެއެވެ:
- ކުށުގެ އަމަލު ކުރުމަށް އޭނާއަށް މަޖުބޫރުކުރެވިގެންވުން؛
- އެގޮތުން މަޖުބޫރުކުރުވީ، ކުށުގެ އަމަލު ކުރުމަށް ދެކޮޅުހަދައިފިނަމަ، އޭނާއަށް ގެއްލުމެއް ކުރިމަތިވެދާނޭކަމުގެ ބިރު ދައްކުވައިގެންކަމުގައި ވުމާއި، އެކަށީގެންވާ ހަރުދަނާކަމާއެކު ވިސްނާ އެހެން މީހަކަށް އެ ހާލަތުގައި، އެ ގެއްލުމުގެ ބިރު ކުރިމަތިވީނަމަ، އޭނާވެސް އެ ކުށުގެ އަމަލު ކުރާނެ ކަމުގައިވުން.
(ށ) މި ދިފާއު ބޭނުންކުރެވޭ ހުދޫދު
މި މާއްދާގެ (ހ) ގައި ބަޔާންކުރެވިގެންވާ ދިފާއަކީ، މި ގާނޫނުގެ 110 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށުގެ ދައުވާ އުފުލިގެންވާ ހިނދު ބޭނުންކުރެވޭނެ ދިފާއެއް ނޫނެވެ.
ހަމަހެއަށް އުނިކަން އައުން
56 ވަނަ މާއްދާ - ހަމަހެއަށް އުނިކަން އައުން
(ހ) ކުށްކުރި މީހާ، ކުށްކުރި ހިނދުގައި ހުރީ އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއްގައިކަމުގައި ވާނަމަ، އޭނާ އެ ކުރި ކުށަށް މައާފުލިބިގެންވެއެވެ:
- ބައްޔެއްގެ ސަބަބުން މައާފުލިބެނިވި ދިފާއެއް އެމީހަކަށް ލިބޭކަމަށް، މައާފު ލިބެނިވި ދިފާއުތައް ބަޔާންކޮށްފައިވާ މިބާބުގެ އެހެން މާއްދާއެއްގެ ދަށުން ކަނޑައެޅިގެން ބަޔާންކޮށްފައި ނެތް ނުވަތަ ކަނޑައެޅިގެން ދޫކޮށްލައިފައިވެސް ނެތް ހާލަތަކާ ގުޅޭ ގޮތުން، ޓެސްޓުތައް ހަދައިގެން ކަށަވަރުކުރެވެން އޮތް ބައްޔެއް ނުވަތަ އުނިކަމެއް އެމީހެއްގައި ހުރުންކަމަށްވުން؛ އަދި
- އެ އުނިކަން ނުވަތަ ބަލި އެހެން ހުރުމުގެ ސަބަބުން އަންނަނިވި ކަންކަން ކުރުމަށް އޭނާ ނުކުޅެދިގެންވުން؛

- ކުށުގެ އަމަލުގެ ގޮތުގައި ބެލެވޭ އަމަލުގެ ނުރަނގަޅުކަން ވިސްނައިގަތުމަށް ނުކުޅެދިގެންވުން؛
- ކުށުގެ އަމަލުގެ ގޮތުގައި އޭނާ ހިންގި އަމަލު ހުއްޓުމަށްޓަކައި ބާރެއް ހިންގުމަށް ނުކުޅެދިގެންވުން.
(ށ) އިޖްތިމާއީ މިންގަނޑުތަކާ ދެކޮޅު ށަހްސުތައް އެކަހެރި ކުރެވިގެންވުން
މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި ކަށަވަރުކުރެވިދާނެ ބައްޔެއް ނުވަތަ ނުކުޅެދުމެއްކަމުގައި ބެލެވޭ ކަންކަމުގެ ތެރޭގައި، ހަމައެކަނި ތަކުރާރުކޮށް ކުށްކުރާ ކުށްވެރިންނާއި، އާންމު އިޖްތިމާއީ މިންގަނޑުތަކާ ދެކޮޅު އަމަލުތައް ހިންގާ މީހުންކަމުގައި ބެލެވޭ މީހުންގެ ކިބައިން ފެންނަ ސިކުނޑީގެ ހާލަތުތައް ހިމެނިގެނެއްނުވެއެވެ.
އެނގިގެންނުވާ ކަންތައްތަކާއި ކުށްހީގެ މައްޗަށް ގަބޫލުކުރެވޭ ކަންތައްތައް
57 ވަނަ މާއްދާ - ލިބެންނެތް ގާނޫނެއްގެ ސަބަބުން ކަމެއް އެނގިގެންނުވުން
(ހ) އަންނަނިވި ހާލަތްތަކުގައި ކުރެވޭ ކުށަށް، އެ ކުށްކުރި މީހާއަށް މައާފުލިބިގެންވެއެވެ:
- ކުށްކަމުގައި ބެލެވޭ އަމަލު ހިންގުމުގެ ކުރިން އެ ކުށް ކަނޑައަޅާފައިވާ ގާނޫނު އޭނާއަށް އެނގިފައި ނެތުމާއި، އަދި އެ ގާނޫނަކީ ށާއިއުކުރެވިފައިވާ ގާނޫނަކަށް ނުވުން ނުވަތަ އޭނާއަށް އެ ލިބޭނެ ނުވަތަ ފެންނާނެ ގޮތެއް އެކަށީގެންވާ ގޮތެއްގައި ހަމަޖެއްސިފައިވާ ގާނޫނަކަށް ނުވުން.
- އަދި، މި މާއްދާގެ (ހ) ގެ 1 ގައިވާ ކަންކަމުގެ ނަތީޖާއެއްގެ ގޮތުން، އެ ކުށް ކުރި ވަގުތުގައި އޭނާގެ އެ އަމަލަކީ ގާނޫނުގައި މަނާވެގެންވާ އަމަލެއްކަން އޭނާއަށް އެނގިފައިނުވުން.
(ށ) ގާނޫނު އޮތް ގޮތް ނޫން ގޮތަކަށް ރަސްމީ ގޮތުން ހާމަކުރެވޭ ބަޔާނެއްގެ މައްޗަށް ބުރަވުން
ކުށް ކުރިމީހާ، އެ ކުށް ކޮށްފައިވަނީ އަންނަނިވި ހާލަތުގައިކަމަށް ވާނަމަ، އޭނާއަށް މައާފުލިބިގެންވެއެވެ:
- އޭނާ ކުރި އަމަލު އޭނާ ކުރީ ގާނޫނުގައި ކަމެއްއޮތް ގޮތަށްކަމުގައި އަންނަނިވި ވަސީލަތްތަކުން ވަސީލަތެއްގައި، ރަސްމީ ގޮތުން ހާމަކޮށްފައިވާ ބަޔާނެއްގެ މައްޗަށް އެކަށީގެންވާ ގޮތުގައި ބުރަވެހުރެ ކަމުގައި ވުމާއި، އެ އަމަލު ކުރުމުގެ ފަހުގެ ތާރީހެއްގައި، އެ ބަޔާނުގައި ހާމަކޮށްފައިވާ ހާމަކުރުމަކީ، ރަނގަޅުނޫން ނުވަތަ ކުށް ހާމަކުރުމެއްކަމުގައި ކަނޑައެޅިގެންދިއުން:
- ގާނޫނަކުން؛
- ށަރުއީ ނިންމުމަކުން، ނުވަތަ ށަރުއީ ލަފައަކުން، ނުވަތަ ށަރުއީ ނިޔާއަކުން، ނުވަތަ ށަރުއީ
- އިދާރީ އަމުރަކުން، ނުވަތަ ދެވިފައިވާ ހުއްދައަކުން؛ ނުވަތަ
- ކުށް ކަނޑައަޅާފައިވާ ގާނޫނު ތަރުޖަމާކުރުމާއި، ހިންގުމާއި، ތަންފީޒުކުރުމުގެ ބާރު ގާނޫނީ ހައިސިއްޔަތުން ލިބިގެންވާ ދައުލަތުގެ މުވައްޒަފެއްގެ ރަސްމީ ތަރުޖަމާއަކުން؛ އަދި
- އެކަމުގެ ނަތީޖާއެއްގެ ގޮތުން، އެ ކުށްކުރި ވަގުތުގައި އޭނާ އެ ކުރި އަމަލަކީ ގާނޫނުގައި މަނާވެގެންވާ އަމަލެއްކަން އޭނާއަށް އެނގިފައިނުވުން.
(ނ) އެކަށީގެންވާ ފަރުވާތެރިކަމާއެކު އަމަލުކުރިކަމުގައި ވީނަމަވެސް ގާނޫނު އޮތް ގޮތާ މެދު ކުށްހީއެއް ކުރެވުން
ކުށުގެ އަމަލުކަމުގައި ބެލެވޭ އަމަލު ހިންގި ވަގުތު އޭނާ އެ އަމަލު ކުރީ އަންނަނިވި ހާލަތްތަކުގައިކަމަށް ވާނަމަ އޭނާ އެ ކުރި ކުށަށް އޭނާއަށް މައާފުލިބިގެންވެއެވެ.
- އޭނާއަކީ:
- އޭނާގެ އަމަލުގެ މައްޗަށް އެ ކުށުގެ ދާއިރާ ހިނގާނެ މިންވަރު ދެނެގަތުމަށް އެކަށީގެންވާ ގޮތުގައި އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅި މީހަކު ކަމުގައި ވުމާއި؛ އަދި
- އޭނާގެ އަމަލަކީ ކުށެއް ނޫންކަމަށް އިހްލާސްތެރިކަމާއެކު ތެދުނިޔަތުގައި އޭނާ ގަބޫލުކުރުމާއި، އަދި އެކަން ގަބޫލުކުރި ހާލަތަކީ ގާނޫނަށް ފުރިހަމައަށް ތަބާވާ، ބުއްދިވެރި އެހެން ކޮންމެ މީހަކުވެސް، އެ ހާލަތުގައި ގަބޫލުކުރާނެ ގޮތްކަމަށް ބެލެވުން؛ އަދި
- އެކަމުގެ ނަތީޖާއެއްގެ ގޮތުން އެ ކުށް އޭނާ ކުރިއިރު އެއީ ގާނޫނުގައި މަނާވެގެންވާ އަމަލެއްކަމުގައި އޭނާއަށް އެނގިފައިނުވުން.
(ރ) ހެކީގެ މިންގަނޑު
މި މާއްދާގެ (ނ) ގެ ދަށުން ލިބިދޭ ދިފާއު ލިބިގެންވާކަން ސާބިތުކޮށްދޭންޖެހޭނީ ދައުވާ ރައްދުވާ ފަރާތުންނެވެ. އަދި އެގޮތަށް އޭނާ ސާބިތުކޮށްދޭން ޖެހޭނީ ސާފު އަދި ގަބޫލުކުރެވޭފަދަ ހެކީގެ މައްޗަށް ބިނާކޮށްގެންނެވެ.
ހުއްދަ ދިފާއެއް ލިބިގެންވާކަމަށް ކުށްހީއެއްގައި ގަބޫލުކުރެވުން
58 ވަނަ މާއްދާ - ހުއްދަ ދިފާއެއް ލިބިގެންވާކަމަށް ކުށްހީއެއްގައި ގަބޫލުކުރެވުން
ކުށްކުރި މީހާ އެ ކުށް ކުރީ އަންނަނިވި ހާލަތުގައި ކަމަށް ވާނަމަ، އެ ކުރި ކުށަށް އޭނާއަށް މައާފުލިބިގެންވެއެވެ:
(ހ) މި ގާނޫނުގެ 40 ވަނަ މާއްދާގައި ހުއްދަކުރެވިގެންވާ ދިފާއުތަކުގެ ތެރެއިން ދިފާއަކަށް އޭނާ އަމަލުކުރި ހާލަތު، ފެތޭކަމުގައި އޭނާއަށް ގަބޫލުކުރެވިގެންވުމާއި؛ އަދި
(ށ) އޭނާ ކުށްހީގެ ގޮތުގައި ހީކުރި ހީކުރުމަކީ:
- އޭނާގެ އިހްމާލެއް ނެތް ކަމެއްކަމަށް ވުމާއި؛ ނުވަތަ
- އޭނާ ކުށްހީގެ ގޮތުގައި ހީކުރި ހީކުރުމަކީ އެ ކުށާ ގުޅިގެން ބޭނުންވާ ކުށުގެ ނިޔަތުގެ މިންގަނޑުން ބަލާއިރު:
- އޭނާގެ މައްޗަށް އުފުލިގެންވާ ކުށުގެ ނަތީޖާގެ ރުކުނުގެ މިންގަނޑުން ކުށުގެ ނިޔަތް ކުޑަ އަމަލެއްކަމުގައި ވުމާއި؛ ނުވަތަ
- ނަތީޖާގެ ރުކުނެއް އޭގައި ނުވާކަމަށް ވާނަމަ، ހާލަތުގެ ރުކުނަށް ބަލާއިރުވެސް ނިސްބަތުން ކުޑަ އަމަލަކަށްވުން.
މާނަކުރުން
59 ވަނަ މާއްދާ - މާނަކުރުން
(ހ) "މައާފު ލިބެނިވި ދިފާއު" އަދި "މައާފު" އަށް ދީފައިވަނީ މި ގާނޫނުގެ 50 ވަނަ މާއްދާގެ (ހ) ގައި ދީފައިވާ މާނަކުރުމެވެ.
(ށ) "މަސްތުވުން" އަށް ދީފައިވަނީ މި ގާނޫނުގެ 31 ވަނަ މާއްދާގެ (ރ) ގައި ދީފައިވާ މާނަކުރުމެވެ.
(ނ) "ދައުލަތުގެ މުވައްޒަފު" އަށް ދީފައިވަނީ މި ގާނޫނުގެ 533 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
60 ވަނަ ބާބު
ދައުވާ ކުރުމަށް ހުރަހަކަށް ވެދާނެ ދިފާއު
60 ވަނަ މާއްދާ - ދައުވާ ކުރުމަށް ހުރަހަކަށް ވެދާނެ ދިފާއާ ގުޅޭ އާންމު އުސޫލުތައް
61 ވަނަ މާއްދާ - ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދައުވާ ނުއުފުލައިފިނަމަ ފަހުން ދައުވާ ނުކުރެވުން
62 ވަނަ މާއްދާ - ކުށްވެރިވާކަން ނުވަތަ ކުށްވެރިނުވާކަން ބަޔާންކުރުމަށާއި، ދައުވާ ބަލައިގަތުމަށާއި ކުރެވޭ ހުކުމް ބަލައިގަތުމަށް ނުކުޅެދިގެންވުން
63 ވަނަ މާއްދާ - ޑިޕްލޮމެޓިކް އިމްތިޔާޒު
64 ވަނަ މާއްދާ - ކުރިން ކުށަކަށް ކޮށްފައިވާ ދައުވާ އެ ކުށަށް ފަހުން ކުރާ ދައުވާގެ ހުރަހަކަށްވުން
65 ވަނަ މާއްދާ - ކުރިން އެހެން ކުށަކަށް ކޮށްފައިވާ ދައުވާ އަލުން ކުރާ ދައުވާގެ ހުރަހަކަށްވުން
66 ވަނަ މާއްދާ - ކުރިން ކުރެވުނު ދައުވާ ކުރެވިފައިވަނީ، އެކަމުގެ ބާރުނެތް ކޯޓެއްގައި ކަމަށްވުން، ނުވަތަ މަކަރުވެރި ގޮތުގައި ދައުވާ ރައްދުވާ ފަރާތުން ބޭނުންވެގެން ކަމުގައިވުން، ނުވަތަ އެ ދައުވާގައި ކުށް ސާބިތުކުރި ކުރުން ބާތިލުކަމުގައި ފަހުން ކަނޑައަޅާފައިވާނަމަ، ފަހުން ކުރާ ދައުވާއަށް ހުރަހަކަށް ނުވުން.
67 ވަނަ މާއްދާ - މާނަކުރުން
ދައުވާކުރުމަށް ހުރަހަކަށް ވެދާނެ ދިފާއާ ގުޅޭ އާންމު އުސޫލުތައް
60 ވަނަ މާއްދާ - މާނަކުރުން
(ހ) "ދައުވާކުރުމަށް ހުރަހަކަށް ވެދާނެ ދިފާއު" ކަމަށް ބުނެފައި އެވަނީ، ދައުވާ އުފުލުމަށް ދިފާއަކަށް ނުވަތަ ހުރަހަކަށް ވެދާނެ ކަންކަމަށާއި، ދައުވާ އުފުލުމަށާއި، ދައުވާ ބަލައިގަތުމަށާއި، ދައުވާ ހިންގުމަށާއި، އަދި ހުކުމް ކަނޑައެޅުމަށް ހުރަހަކަށް ވެދާނެކަމަށް މި ބާބުގައި ކަނޑައަޅާފައިވާ ދިފާއަށެވެ.
(ށ) ދައުވާކުރުމަށް ހުރަހަކަށް ވެދާނެ ދިފާއު ނުދީ ހިފެހެއްޓުން
މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، މީހަކު ކުރާ ހުއްދަނޫން އަމަލެއްގެ ސަބަބުން އޭނާއަށް ލިބިދެވޭ ދައުވާކުރުމަށް ހުރަހަކަށް ވެދާނެ ދިފާއަކީ ގާނޫނު ހުއްދަކުރާ ގޮތެއްގެ މަތިން، އޭނާއަށް ނުދީ ހިފެހެއްޓިދާނެ ދިފާއެކެވެ.
(ނ) ދައުވާކުރުމަށް ހުރަހަކަށް ވެދާނެ ދިފާއު ހިއްސާނުކުރެވުން
ދައުވާކުރުމުގައި ހުރަހަކަށް ވެދާނެ ދިފާއެއްގެ ފައިދާ ލިބުން ހައްގުވާ މީހާ ކުށުގެ އަމަލު ހިންގާއިރު އޭނާއަށް ހަމައެކަނި އެހީތެރިވެދިން ކަމަށްޓަކައި، އެގޮތުން އެހީތެރިވެދިން މީހާއަކަށް އެ ދިފާއުގެ ފައިދާއެއް ނުލިބޭނެއެވެ.
(ރ) ދައުވާކުރުމަށް ހުރަހަކަށް ވެދާނެ ދިފާއެއް އޮތް ކަމަށް ކުށްހީއެއްގައި ގަބޫލުކުރެވުމަކީ ދިފާއެއް ނޫނެވެ.
މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، މީހެއްގެ އަމަލަކީ ދައުވާކުރުމަށް ހުރަހަކަށް ވެދާނެ ދިފާއެއް ކަމުގައި ކުށްހީއަކުން އޭނާއަށް ހީވުމަކީ ދިފާއެއް ނޫނެވެ.
ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދައުވާ ނުއުފުލައިފިނަމަ ފަހުން ދައުވާ ނުކުރެވުން
61 ވަނަ މާއްދާ - މުއްދަތު ކަނޑައެޅުން
(ހ) އަންނަނިވި މުއްދަތުތަކުގައި ނުއުފުލޭ ދައުވާއަކީ އެ މުއްދަތު ފަހަނައަޅާ ދިޔުމުން، އުފުލިގެންވާނެ ދައުވާއެއް ނޫނެވެ:
- ޖިނާޔަތުގެ ތެރޭގައި ހިމެނޭ ކުށްކުށުގައި، އެ ކުށް ކުރި ވަގުތުން ފެށިގެން 8 އަހަރުދުވަސް؛ ނުވަތަ
- ޖުނަހުގެ ތެރޭގައި ހިމެނޭ ކުށްކުށުގައި، އެ ކުށް ކުރި ވަގުތުން ފެށިގެން 3 އަހަރުދުވަސް؛
-
ހައްދުގެ ކުށްކުށަށް އިސްތިސްނާ ހާލަތެއް އައުން
މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރު އެހެން އޮތްނަމަވެސް، ޖިނާޔަތުގެ 1 ވަނަ ދަރަޖައިގެ ކުށްތަކާއި، ޖިނާޔަތުގެ 2 ވަނަ ދަރަޖައިގެ ކުށްތަކާއި، މި ގާނޫނުގެ 112 ވަނަ މާއްދާއާއ 120 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ (i) އާއި، 130 ވަނަ މާއްދާއާއި، 131 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރު އަދ (2) ވަނަ ނަންބަރާއި، 140 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރު އަދި (2) ވަނަ ނަންބަރާއި، 141 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރާއި، 210 ވަނަ މާއްދާއިން 216 ވަނަ މާއްދާއަށް ބަޔާންކޮށްފައިވާ ކުށްތަކުގައި ހިމެނޭ ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށްތަކާއި، 220 ވަނަ މާއްދާގައި އޮތް ކުށުގެ ތެރެއިން، ޖިނާޔަތުގެ 4 ވަނަ ދަރަޖަކަމަށް ބަޔާންކޮށްފައިވާ ކުށްތަކާއި، 510 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ކުށްތަކާއި، 611 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށާއި، 620 ވަނަ މާއްދާގެ (ހ) ގ (1) ވަނަ ނަންބަރާއި، 621 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށާއި، 710 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި، 721 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށްތައް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލުން އިސްތިސްނާވެގެންވެއެވެ. (އިސްލާހު ކުރެވިފައި)
(ށ) ދައުވާކުރުމަށް އޮތް މުއްދަތު ހިނގަން ފެށުން
ދައުވާ ކުރުމަށްއޮތް މުއްދަތު ގުނަން ފަށާނީ ކުށްކުރާ ދުވަހުގެ ފަހު ދުވަހުން ފެށިގެންނެވެ. ކުށެއް ކުރެވުނުކަމަށް ބަލާނީ އަންނަނިވި ހާލަތުން ކުރެ ހާލަތެއްގައެވެ:
- ކުށުގެ ރުކުންތަކުގެ ތެރެއިން ހުރިހާ ރުކުނެއް ފުރިހަމަވެގެންދިއުން؛ ނުވަތަ
- ދައުވާ ރައްދުވާ ފަރާތުން ކުރަމުން ދިޔަ ކުށުގެ އަމަލު ނުވަތަ ދައުވާ ރައްދުވާ ފަރާތުން އެހީތެރިވެދެމުން ދިޔަ ކުށުގެ އަމަލު ހުއްޓުމަކަށް ގެނެވޭ ވަގުތުން ފެށިގެން.
(ނ) ދައުވާކުރުމަށް އޮތް މުއްދަތު ހިނގުން ހުއްޓުމަކަށް އައުން
ކުށެއްގެ ދައުވާ ދައުލަތުން އުފުލުމާއެކު، އެ ކުށަކާ ގުޅިގެން، ދައުވާކުރުމަށް އޮތް މުއްދަތު ގުނުން ހުއްޓުމަކަށް އަންނާނެއެވެ.
(ރ) ކުށެއްގެ ދައުވާ ފެށިއްޖެކަމުގައި ބަލާނީ އެ ކުށުގެ ދައުވާގެ ސީގާގެ ލިޔުން ށަރީއަތަށް ހުށަހެޅޭ ތާރީހުގައެވެ.
ކުށްވެރިވާކަން ނުވަތަ ކުށްވެރިނުވާކަން ބަޔާންކުރުމަށާއި، ދައުވާ ބަލައިގަތުމަށާއި ކުރެވޭ ހުކުމް ބަލައިގަތުމަށް ނުކުޅެދިގެންވުން

(ހ) ދައުވާ ރައްދުވާ މީހާގެ ސިކުނޑީގެ ހާލަތާ ގުޅޭ ގޮތުން ނުވަތަ ޖިސްމާނީ ހާލަތާ ގުޅޭ ގޮތުން، އަންނަނިވި ކަންކަން ކުރުމަށް އޭނާ ނުކުޅެދިގެންވާނަމަ، އޭނާގެ މައްޗަށް ކުރެވޭ ދައުވާގައި އޭނާ ކުށްވެރިވާ ކަމުގައި ނުވަތަ ކުށްވެރިނުވާކަމުގައި ބަޔާންކުރުމަށާއި، އެ ދައުވާ ބަލައިގަތުމަށް އޭނާއަށް އަންގައިގެން ނުވާނެއެވެ. އަދި އޭނާގެ މައްޗަށް ހުކުމެއްވެސް ކަނޑައަޅައިގެން ނުވާނެއެވެ:
- އޭނާގެ މައްޗަށް ކުރެވޭ ދައުވާގެ ބާވަތާއި މަގްސަދު ވިސްނައިގަތުމަށް ނުކުޅެދިގެންވުން؛ ނުވަތަ
- އޭނާގެ ދިފާއުގައި ވާހަކަދެއްކުމަށް އޭނާ ނުކުޅެދިގެންވުން.
(ށ) ދައުވާއެއްނުކޮށް ދައުވާއިން ބަރީއަކުރެވުން
މި މާއްދާގެ ދަށުން ކުށުން ބަރީއަކުރެވި ދޫކުރެވޭ މީހަކީ ނަފުސާނީ ބަލިތަކުގެ މަރުކަޒެއްގައި ނުވަތަ ސިކުނޑީގެ ފަރުވާދޭ މަރުކަޒެއްގައި، ބަހައްޓަންޖެހޭ މީހެއްކަން ކަށަވަރުކުރުމަށްޓަކައި ސިއްހީ ގޮތުން ބަލަންޖެހޭ ބެލުންތައް ބަލާތަނަކަށް، ހުށަހަޅަންޖެހޭނެ މީހެކެވެ. އެފަދަ ތަނަކަށް ހުށަހަޅައި، ސިއްހީގޮތުން ބަލަންޖެހޭ ބެލުންތައް ބެލުމަށްޓަކައި ހޭދަވާ މުއްދަތަކީ ޖުމުލަކޮށް 60 ދުވަހަށް ވުރެ ދިގު މުއްދަތަކަށް ވެގެންނުވާނެއެވެ. އެ މުއްދަތު ވާންވާނީ ސިއްހީ ގޮތުން ބަލަންޖެހޭ ބެލުންތައް ބެލުމަށް ހޭދަވާ ވަގުތާއި 60 ދުވަހާ މި ދެ މުއްދަތުގެ ތެރެއިން، ކުރު މުއްދަތަކަށެވެ.
ޑިޕްލޮމެޓިކް އިމްތިޔާޒު

ދައުވާ ރައްދުވާ މީހާއަކީ، އަންނަނިވި ހާލަތްތަކުގައި ދައުލަތުން އިމްތިޔާޒްތަކެއް ދީފައިވާ މީހެއްކަމަށް ވާނަމަ، އޭނާގެ މައްޗަށް ކުރެވޭ ދައުވާގައި އޭނާ ކުށްވެރިވާކަމަށް ނުވަތަ ކުށްވެރިނުވާކަމަށް ބަޔާންކުރުމަށާއި، އެ ދައުވާ ބަލައިގަތުމަށް އޭނާއަށް އަންގައިގެންނުވާނެއެވެ. އަދި އެ ދައުވާގައި، އޭނާގެ މައްޗަށް ހުކުމެއްވެސް ކަނޑައަޅައިގެންނުވާނެއެވެ:
(ހ) އޭނާއަކީ ބައިނަލްއަގްވާމީ މުއާހަދާއެއްގެ ދަށުން ދިވެހިސަރުކާރުން ޑިޕްލޮމެޓިކް އިމްތިޔާޒު ދީފައިވާ ފަރާތަކަށްވުން؛ ނުވަތަ
(ށ) އޭނާއަކީ ބޭރު ދައުލަތެއްގެ އިއްޒަތްތެރިއެއްކަމުގައި ވުމުން، ބޭރު ގައުމެއްގެ ސަފީރަކަށް ވުމުން، ނުވަތަ ބައިނަލްއަގްވާމީ މުއާހަދާއެއްގެ ދަށުން ޑިޕްލޮމެޓިކް އިމްތިޔާޒް ދީފައިވާ ބައިނަލްއަގްވާމީ މުއައްސަސާއެއް ތަމްސީލުކުރާ ފަރާތަކަށް ވުމުން.
ކުރިން ކުށަކަށް ކޮށްފައިވާ ދައުވާ އެ ކުށަށް ފަހުން ކުރާ ދައުވާގެ ހުރަހަކަށްވުން

ހިނގައިދިޔަ ވަކި ކަންތައްތަކެއްގެ މައްޗަށް މި ގާނޫނުގެ ވަކި މާއްދާއެއްގެ ދަށުން ދައުވާއެއް އުފުލުމުގައި، ކުރިން ހަމަ އެކަންކަމުގެ މައްޗަށް ހަމަ އެ މާއްދާގެ ދަށުން ދައުވާއެއް ކޮށްފައިވާނަމަ އަދި އެގޮތުން ކޮށްފައިވާ ދައުވާއާ ގުޅިގެން، އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ހިނގާފައިވާނަމަ، އެފަދަ ދެ ވަނަ ދައުވާއެއް އެ ކުށުގެ މައްޗަކަށް ނުކުރެވޭނެއެވެ.
(ހ) އެ ދައުވާ ނިމިގެން ދިޔައީ، ދައުވާ ރައްދުވާ ފަރާތް ކުށުން ބަރީއަކުރެވިގެންކަމަށްވުން؛ ނުވަތަ
(ށ) އެ ދައުވާ ނިމިގެންދިޔައީ ދައުވާ ރައްދުވާ ފަރާތުގެ މައްޗަށް ކުށް ސާބިތުކުރެވިގެންކަމުގައިވުން؛ ނުވަތަ
(ނ)
- އެ ދައުވާ ނިމިގެންދިޔައީ ދައުވާ ރައްދުވާ ފަރާތަށް ފަހިވާގޮތަށް އައި ނިހާއީ އަމުރެއް ނުވަތަ ނިޔާއެއްގެ ދަށުންކަމުގައި ވެފައި، އެ އަމުރު ނުވަތަ ނިޔާ އެކަހެރިކުރެވިފައި ނުވަތަ ބަދަލުކުރެވިފައި ނުވަތަ ދޫކޮށްލެވިފައިނުވުން؛ އަދި
- އޭނާގެ މައްޗަށް އެ ދައުވާ ސާބިތުކުރާކަމަށްވާނަމަ، ހިނގައިދިޔަ ކަންކަމުން ސާބިތުހިފޭ ނުކުތާއަކާއި، ނުވަތަ ކަނޑައެޅިގެން ބަޔާންވެގެންވާ ގާނޫނީ ނުކުތާއަކާ ތައާރުޒުވުން އުފެދޭ ގޮތްވުން.
(ރ) އެ ދައުވާ ހުއްޓާލެވިފައިވަނީ މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަނގަޅުނޫން ގޮތެއްގައިކަމަށްވުން.
(ބ) ރަނގަޅުނޫން ގޮތެއްގައި ދައުވާއެއް ހުއްޓާލުން
މި މާއްދާގެ (ރ) އާއި މި ގާނޫނުގެ 65 ވަނަ މާއްދާގެ (ރ) ގެ މަގްސަދަށްޓަކައި:
- ރަނގަޅުނޫން ގޮތެއްގައި ދައުވާއެއް ހުއްޓާލެވުނީކަމަށް ވާނީ، އެ ދައުވާ ހުއްޓާލެވިފައިވަނީ ކުށުން ބަރީއަކުރުންކަމުގައި ނުހިމެނޭގޮތެއްގައި، ފުރަތަމަ ހެކިވެރިޔާ ހެކިބަސްދިނުމުގެ ހުވާކުރުމާއި، ހުކުމެއް ކުރުމާއި ދެމެދުގައި ކަމުގައިވުން؛
- އަންނަނިވި ހާލަތްތަކުގައި ހުއްޓާލެވޭ ދައުވާއަކީ، ރަނގަޅުނޫން ގޮތުގައި ހުއްޓާލެވިފައިވާ ދައުވާއެއް ކަމުގައެއް ނުބެލޭނެއެވެ:
- ދައުވާ ހުއްޓާލާފައިވަނީ ދައުވާ ރައްދުވާ ފަރާތުގެ ރުހުމާ އެކުގައި ކަމުގައިވުން ނުވަތަ ދައުވާ ހުއްޓާލުމާ ދެކޮޅުހެދުމަށް އޭނާއަށް ލިބިގެންވާ ހައްގު އޭނާ ދޫކޮށްލާފައިވުން؛ ނުވަތަ
- އެގޮތަށް އެ ދައުވާ ހުއްޓާލުމަކީ އަންނަނިވި ސަބަބުތަކަށްޓަކައި ބޭނުން ކަމެއްކަމުގައި ކޯޓަށް ފެނުން:
(ހހ) ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އެ ށަރީއަތް ކުރިއަށް ގެންދިއުމަކީ ކުރެވެން ނެތް ކަމެއް ކަމުގައިވުން؛ ނުވަތަ
(ށށ) ށަރީއަތް ކުރިއަށް ގެންދިއުމުގައި ގާނޫނީ ގޮތުން އުނިކަމެއްކަމަށް ބެލެވޭ ކަމެއް ކުރިމަތިވުމާއި، ނިޔާއެއް އިއްވިކަމުގައި ވިޔަސް، ގާނޫނުގެ މައްޗަށް ބުރަވެ އެ ނިޔާ ބަދަލުކުރެވޭނެ ފުރުސަތު އޮތުން؛ ނުވަތަ
(ނނ) ކޯޓުގައި ނުވަތަ ކޯޓުން ބޭރުގައި ހިނގާ މަސްލަހަތާ ދެކޮޅު އަމަލުތަކެއްގެ ސަބަބުން، ދައުލަތަށް ނުވަތަ ދައުވާ ރައްދުވާ ފަރާތަށް އިންސާފުގެ ކުރިމަތީގައިއޮތް ހަމަހަމަ ހައްގަށް އުނިކަމެއް އަންނާނެ ގޮތުގައި މެނުވީ، އެ ދައުވާ ކުރިއަށް ގެންދިއުމަކީ ކުރެވެން ނެތް ކަމެއް ކަމުގައިވުން.
ކުރިން އެހެން ކުށަކަށް ކޮށްފައިވާ ދައުވާ އަލުން ކުރާ ދައުވާގެ ހުރަހަކަށްވުން

ކުރިން ވަކި ކުށަކަށް ދައުވާއެއް ކުރެވިފައި ވަނިކޮށް، އެ ދައުވާ ބިނާވެފައިވާ އަސާސީ ނުކުތާތަކުގެ ތެރެއިން ތަފާތު ނުކުތާތަކެއްގެ މައްޗަށް، މި ގާނޫނުގެ އެހެން މާއްދާއެއްގެ ދަށުން ދައުވާއެއް އުފުލުމަކީ، ކުރިން ކުރެވިފައިވާ ދައުވާގައި އަންނަނިވި ގޮތްތަކުން ކުރެ ގޮތެއް ދިމާވެފައިވާނަމަ، އެ ދައުވާ ކުރިއަށް ގެންދިއުމަށް އޮތް ހުރަހެކެވެ:
(ހ) ކުރީގެ ދައުވާގައި، ދައުވާ ރައްދުވާ ފަރާތް ކުށުން ބަރީއަކޮށްފައިވާނަމަ ނުވަތަ އޭނާގެ މައްޗަށް ކުށް ސާބިތުވެފައިވާނަމަ، އަދި ފަހުން ކުރަން އުޅޭ ދައުވާއަކީ، ކުރީގެ ދައުވާ ކުރި ވަގުތުގައި ހަމަ އެއް އަމަލެއްގެ މައްޗަށް ބިނާކޮށް ނުވަތަ އެ ކުށުގެ ހާދިސާގެ މައްޗަށް ބިނާކޮށް އެ ދައުވާއާ އެކުގައި ސާބިތުކުރެވިދާނެ ކުށެއް ކަމުގައިވުން. ނަމަވެސް އެއީ، ކޯޓުން އެ ކުށަށް ވަކި ދައުވާއެއް ކުރުމަށް ކަނޑައެޅިގެން އަމުރުކޮށްފައިނުވާނަމައެވެ؛ ނުވަތަ
(ށ) ފަހުން ދައުވާކުރަން އުޅޭ އަމަލުގެ މައްޗަށް ބިނާކޮށް، ކުރީގެ ދައުވާއިން އޭނާ ބަރީއަވެފައިވާނަމަ ނުވަތަ އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވެފައިވާނަމަ، އަންނަނިވި ހާލަތްތަކުން ހާލަތެއް ދިމާނުވާހާހިނދަކު، ކުރިން ކުރި ދައުވާ އޭގެ ފަހުން ކުރާ ދައުވާގެ ހުރަހަކަށް ވާނެއެވެ:
- ދައުވާ ރައްދުވާ ފަރާތުގެ މައްޗަށް ކުރިން ސާބިތުވެފައިވާ ދައުވާއަކީ ނުވަތަ ސާބިތުނުވެގެން ދޫކޮށްލައިފައިވާ ދައުވާއަކީ ފަހުން އޭނާގެ މައްޗަށް ކުރެވޭ ދައުވާއާ އަޅައިބަލާއިރު ހެކީގެ ގޮތުގައި ތަފާތު ދެ ކަމެއް ސާބިތުކުރަންޖެހޭ ދެ ދައުވާއަކަށް ވުމާއި، ކުރިން ދައުވާކުރެވުނު ކުށާއި ފަހުން ދައުވާކުރެވޭ ކުށަކީ ތަފާތު ދެ ގެއްލުމެއް ކުރިމަތިވުމުން ސަލާމަތްކުރުމަށްޓަކައި އޮތް ދެ މާއްދާއެއް ކަމުގައިވުން؛ ނުވަތަ
- ފުރަތަމަ ދައުވާ ފެށުނުއިރު ދެވަނަ ކުށް ފުރިހަމަވެފައި ނުވުން؛ ނުވަތަ
(ނ)
- އެ ދައުވާ ނިމިގެންދިޔައީ، ދައުވާ ރައްދުވާ ފަރާތަށް ފަހިވާ ގޮތަށް އައި ނިހާއީ އަމުރެއް ނުވަތަ ނިޔާއެއްގެ ދަށުންކަމުގައި ވެފައި، އެ އަމުރު ނުވަތަ ނިޔާ އެކަހެރިކުރެވިފައި ނުވަތަ ބަދަލުކުރެވިފައި ނުވަތަ ދޫކޮށްލެވިފައި ނުވުން؛ އަދި
- އޭނާގެ މައްޗަށް އެ ދައުވާ ސާބިތުކުރާކަމަށްވާނަމަ، ހިނގައިދިޔަ ކަންކަމުން ސާބިތުހިފޭ ނުކުތާއަކާ ނުވަތަ ކަނޑައެޅިގެން ބަޔާންވެގެންވާ ގާނޫނީ ނުކުތާއަކާ ތައާރުޒުވުން އުފެދޭގޮތްވުން؛ ނުވަތަ
(ރ) އެ ދައުވާ ހުއްޓާލެވިފައިވަނީ މި ގާނޫނުގެ 64 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެމަތިން ރަނގަޅުނޫން ގޮތުގައިކަމުގައި ވުމާއި، ފަހުން ކުރަން ބޭނުންވާ ދައުވާއަކީ ފުރަތަމަ ދައުވާ އެގޮތަށް ހުއްޓާނުލިނަމަ ދައުވާ ރައްދުވާ ފަރާތުގެ މައްޗަށް ސާބިތުކުރެވިދާނެ ކުށަކާ ގުޅިގެން ކުރެވޭ ދައުވާ އެއްކަމަށްވުން.
ކުރިން ކުރެވުނު ދައުވާ ކުރެވިފައިވަނީ، އެކަމުގެ ބާރުނެތް ކޯޓެއްގައި ކަމަށްވުން، ނުވަތަ މަކަރުވެރި ގޮތުގައި ދައުވާ ރައްދުވާ ފަރާތުން ބޭނުންވެގެން ކަމުގައިވުން، ނުވަތަ އެ ދައުވާގައި ކުށް ސާބިތުކުރި ކުރުން ބާތިލުކަމުގައި ފަހުން
ކަނޑައަޅާފައިވާނަމަ، ފަހުން ކުރާ ދައުވާއަށް ހުރަހަކަށް ނުވުން
66 ވަނަ މާއްދާ - ފަހުން ކުރެވޭ ދައުވާ ކުރިއަށް ގެންދިއުމަށް ހުރަހަކަށް ނުވުން
އަންނަނިވި ހާލަތްތަކުގައި، ފަހުން ކުރެވޭ ދައުވާއަކީ، މި ގާނޫނުގެ 64 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ، ނުވަތަ މި ގާނޫނުގެ 65 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ދައުވާއެއްގެ ސަބަބުން، ކުރިއަށް ނުގެންދެވޭނެ ދައުވާއެއްކަމަކަށް ނުބެލެވޭނެއެވެ.
(ހ) ކުރިން ކުރެވުނު ދައުވާ ކުރެވިފައިވަނީ އެ ކުށުގެ މައްޗަށް ނުވަތަ ދައުވާ ރައްދުވާ ފަރާތުގެ މައްޗަށް އެ ކޯޓުގެ އިހްތިސާސުން ބޭރުގައި ކަމުގައިވުން؛ ނުވަތަ
(ށ) ކުރިން ކުރެވުނު ދައުވާއަކީ ދައުވާ ރައްދުވާ ފަރާތުން ކުރިމަތިކުރުވި ކަމެއްކަމުގައިވުމާއި، ދައުވާކުރުމުގެ ހަގީގީ ބާރު އޮތް ފަރާތަށް އެކަން އެނގިފައި ނެތުމާއި، އެކަން އޭނާ ކުރީ އޭނާގެ މައްޗަށް އަތުވެދާނެ ނިޔާއަކުން ސަލާމަތްވުމުގެ މަގްސަދުގައި ކަމަށްވުން؛ ނުވަތަ
(ނ) ކުރީގެ ދައުވާގައި، އޭނާގެ މައްޗަށް ކުށް ސާބިތުކޮށް އިއްވާފައިވާ ނިޔާއަކީ، ފަހުގެ ށަރުއީ މަޖިލީހަކުން ބާތިލު ނިޔާއެއްކަމުގައި ކަނޑައަޅާފައިވުން.
މާނަކުރުން
67 ވަނަ މާއްދާ – މާނަކުރުން
(ހ) "ރުކުން" އަށް ދީފައިވަނީ މި ގާނޫނުގެ 21 ވަނަ މާއްދާގެ (ހ) ގައި ދީފައިވާ މާނަކުރުމެވެ.
(ށ) "ދައުވާކުރުމަށް ހުރަހަކަށް ވެދާނެ ދިފާއު" އަށް ދީފައިވަނީ މި ގާނޫނުގެ 60 ވަނަ މާއްދާގެ (ހ) ގައި ދީފައިވާ މާނަކުރުމެވެ.
70 ވަނަ ބާބު
ކުންފުނިތަކުގެ ޒިންމާއާއި އިންސާނުން ނޫން އެހެން ވަސީލަތްތަކުގެ ޒިންމާ
70 ވަނަ މާއްދާ - ކުންފުނިތަކާއި ކުންފުނީގެ ގޮތުގައި ރަޖިސްޓަރީކޮށްފައިނުވާ ޖަމާއަތްތަކުގެ ޒިންމާ
71 ވަނަ މާއްދާ - ކުންފުންޏަކާ ނުވަތަ ޖަމާއަތަކާ ގުޅުމެއް އޮތުމަކީ ފަރުދީ ޒިންމާ އުފުލުމަށް އޮތް ހުރަހަކަށް ނުވުން
72 ވަނަ މާއްދާ - މާނަކުރުން
ކުންފުނިތަކާއި ކުންފުނީގެ ގޮތުގައި ރަޖިސްޓަރީކޮށްފައިނުވާ ޖަމާއަތްތަކުގެ ޒިންމާ

(ހ) ކުށުގެ އަމަލަކާ ގުޅޭ ޒިންމާ، ކުންފުންޏަކުން ނުވަތަ ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިނުވާ ޖަމާއަތަކުން އަންނަނިވި ހާލަތްތަކުގައި އުފުލަން ވާނެއެވެ:
- ކުށުގެ އަމަލު ހުއްދަކޮށްފައިވަނީ ނުވަތަ އެ ކުށް ކުރުމަށް އެދިފައިވަނީ ނުވަތަ އެ ކުށް ކުރުމަށް އަމުރުކޮށްފައިވަނީ ނުވަތަ އެ ކުށް ކޮށްފައިވަނީ ޑިރެކްޓަރުންގެ ބޯޑުންކަމުގައިވުން ނުވަތަ އޭނާގެ ވަޒީފާގެ ދާއިރާގެ ތެރޭގައި ހަރަކާތްތެރިވުމުގައި ކުންފުނީގެ ނުވަތަ އެ ޖަމާއަތުގެ ފަރާތުން އިސްވެހުރި ހިންގުންތެރިއަކު ކަމުގައިވުން؛ ނުވަތަ
- ކުށުގެ އަމަލު ކޮށްފައިވަނީ އަންނަނިވި ހާލަތްތަކުގައި އެ ކުންފުނީގެ ނުވަތަ އެ ޖަމާއަތުގެ އޭޖެންޓެއް ކަމުގައިވުން:
(ހހ) ކުންފުނީގެ ފަރާތުން ނުވަތަ އެ ޖަމާއަތުގެ ފަރާތުން؛ އަދި
(ށށ) އޭނާގެ ވަޒީފާގެ ނުވަތަ މަގާމުގެ ދާއިރާގެ ތެރޭގައި ކުރާ އަމަލަކުން ކަމުގައިވުން؛ އަދ - އޭޖެންޓު ކުރާ އެ އަމަލަކީ ކުންފުނިން ނުވަތަ ކުންފުނީގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިނުވާ ޖަމާއަތުން ޒިންމާ އުފުލަންޖެހޭނެ އަމަލެއްކަމުގައި، ނުވަތަ އެފަދަ އޭޖެންޓަކު ކުރާ އަމަލުތަކަށް ކުންފުނި ނުވަތަ ޖަމާއަތް ޒިންމާވާންޖެހޭނެ ހާލަތުތައް، އެހެން ގޮތަކަށް ގާނޫނުގައި ބަޔާންކޮށްފައި ނުވުން؛
- އެ ކުރި ކުށް، ގާނޫނުގައި ދަރަޖަކޮށްފައިވަނީ ޖުނަހްގެ ކުށުގެ ތެރޭގައި ކަމުގައިވުން، ނުވަތަ އެ ކުންފުނީގެ ނުވަތަ ރަޖިސްޓަރީ ކޮށްފައިނުވާ ޖަމާއަތުގެ މުވައްޒަފުން ކުރާ ކުށަށް އެ ކުންފުނި ނުވަތަ ރަޖިސްޓަރީ ކޮށްފައިނުވާ އެ ޖަމާއަތް ޒިންމާވާންޖެހޭނެކަމުގެ ނިޔަތް އޮތްކަން އެ ކުށް ކަނޑައަޅާފައިވާ ގާނޫނުގައި ސާފުކޮށް ފެންނަން އޮތުން؛ ނުވަތަ

- ކުންފުންޏަކުން ނުވަތަ ޖަމާއަތަކުން ވަކި ގޮތަކަށް ކުރަންޖެހޭނެކަމަށް ގާނޫނެއްގެ ދަށުން ބަޔާންކުރާ އަމަލެއް ނުކޮށް ދޫކޮށްލުމުގެ މައްޗަށް ބިނާވެފައިވާ ކުށަކަށްވުން.
(ށ) އެކަށީގެންވާ ފިޔަވަޅުއެޅިކަމުގެ ދިފާއު
މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ކުރާ ދައުވާއެއްގައި ލިބެން ހުރި ހެކިތަކުގެ މައްޗަށް ބަލާއިރު، ކުށުގެ އަމަލުގެ ގޮތުގައި ހިމެނުނު އަމަލުގެ މައްޗަށް ބެލެހެއްޓުމުގެ ޒިންމާ އޮތް އިސް ހިންގުންތެރިޔާ، އެ ކުށް ހިނގިޔަނުދިނުމަށްޓަކައި އެކަށީގެންވާ ފިޔަވަޅު އަޅާފައިވާކަން ސާބިތުކޮށްދީފިކަމުގައި ވާނަމަ، އެއީ އެ ކުށުގެ ޒިންމާ އުފުލުމަށް ލިބޭ ދިފާއެކެވެ. އެހެންނަމަވެސް އެއީ އަންނަނިވި ހާލަތްތަކުގެ ތެރޭގައި އެ އަމަލު ނުހިމެނޭކަމުގައި ވާނަމައެވެ:
- އެފަދަ ދިފާއެއްގެ ފައިދާ ލިބި ދިނުމަކީ ކުށް ކަނޑައެޅި ގާނޫނުގެ މަގްސަދާ ތައާރުޒުވާ ކަމެއް ކަމުގައިވުން؛
- ކުށް ކަނޑައެޅި ގާނޫނުގައި އެ ކުށާ ގުޅިގެން، ކުށުގެ ނިޔަތް އޮތުން ލާޒިމު ނުކުރުން.
(ނ) މާނަކުރުން
- "ކުންފުނި" ކަމަށް ބުނެފައި އެވަނީ ހިއްސާ އާންމުކޮށް ވިއްކާ ކުންފުނިތަކާއި ހިއްސާ އާންމުކޮށް ނުވިއްކާ ކުންފުނިތަކުގެ ތެރެއިން ކުންފުނި އުފެއްދުމަށް ގާނޫނުގައި ކަނޑައަޅާފައިވާ ކަންކަން ފުރިހަމަކޮށްފައިވާ ކުންފުނިތަކަށެވެ.
- "ކުންފުނީގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިނުވާ ޖަމާއަތެއް" ކަމަށް ބުނެފައި އެވަނީ ޓްރަސްޓާއި، ޕާރޓްނަރށިޕާއި، ސަރުކާރާއި، ސަރުކާރުގެ އެކިއެކި އިދާރާތަކާއި، އިގްތިސާދީ މަސްލަހަތަށްޓަކައި، އެއް ބައެއްގެ ގޮތުގައި، އެކަކު އަނެކަކާ ބައިވެރިވެގެން އުޅޭ ގޮތުގައި، ހަރަކާތްތެރިވާ ދެ މީހުން ނުވަތަ އެއަށް ވުރެ ގިނަ ބަޔަކަށެވެ.
- "އިސް ހިންގުންތެރިޔާ" ކަމަށް ބުނެފައި އެވަނީ، ކުންފުނީގެ ސިޔާސަތު ކަނޑައެޅުމުގައި ނުވަތަ ކުންފުނީގެ އާދައިގެ މުވައްޒަފުން ބެލެހެއްޓުމުގެ ޒިންމާ އުފުލަންޖެހޭ ފަދަ މަގާމެއްގައި ކުންފުންޏެއްގައި ނުވަތަ ކުންފުނީގެ ގޮތުގައި ރަޖިސްޓަރީކޮށްފައިނުވާ ޖަމާއަތެއްގައި ހުންނަ އޮފިސަރަށެވެ. ނުވަތަ އޭޖެންޓަށެވެ.
- "އޭޖެންޓް" ކަމަށް ބުނެފައި އެވަނީ، ކޮންމެ ޑިރެކްޓަރަކަށާއި އޮފިސަރަކަށާއި މުވައްޒަފަކަށާއި އެ ކުންފުންޏެއްގެ ނުވަތަ ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީ ވެފައިނުވާ ޖަމާއަތެއްގެ ފަރާތުން އެއްވެސް ހައިސިއްޔަތަކުން އަމަލެއް ކުރުން ހުއްދަކޮށްފައިވާ ފަރާތްތަކަށެވެ.
ކުންފުންޏަކާ ނުވަތަ ޖަމާއަތަކާ ގުޅުމެއް އޮތުމަކީ ފަރުދީ ޒިންމާ އުފުލުމަށް އޮތް ހުރަހަކަށް ނުވުން

(ހ) ކުންފުންޏެއްގެ ނަމުގައި ނުވަތަ ކުންފުނީގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ޖަމާއަތެއްގެ ނަމުގައި މީހަކު ކުރާ ނުވަތަ ކުރުވާ ކުށުގެ އަމަލަކީ، އޭނާގެ އަމިއްލަ ފަރުދީ ހައިސިއްޔަތުންވެސް ޒިންމާ އުފުލަންޖެހޭނެ އަމަލެކެވެ.
(ށ) ކުންފުންޏަކުން ނުވަތަ ކުންފުނީގެ ގޮތުގައި ރަޖިސްޓަރީކޮށްފައިނުވާ ޖަމާއަތަކުން ކޮށްފައިވާ ކުށެއްގެ ޒިންމާ އުފުލަން ޖެހިފައިވާ މީހަކަށް، ވަކިފަރުދަކު އެފަދަ ކުށެއްކޮށްފިނަމަ ދެވޭނެކަމަށް ގާނޫނުގައި ކަނޑައަޅާ އަދަބު ދެވޭނެއެވެ. އަދި އެއީ އެ ކުންފުންޏަށް ނުވަތަ
އެ ޖަމާއަތަށް އެހެން އަދަބެއް ކަނޑައެޅިފައި ވީނަމަވެހެވެ.
މާނަކުރުން
72 ވަނަ މާއްދާ – މާނަކުރުން
(ހ) "އޭޖެންޓް" އަށް ދީފައިވަނީ މި ގާނޫނުގެ 70 ވަނަ މާއްދާގެ (ނ) ގެ (4) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ށ) "ކުންފުނި" އަށް ދީފައިވަނީ މި ގާނޫނުގެ 70 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ނ) "އިސް ހިންގުންތެރިޔާ" އަށް ދީފައިވަނީ މި ގާނޫނުގެ 70 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ރ) "ކުންފުނީގެ ގޮތުގައި ރަޖިސްޓަރީކޮށްފައިނުވާ ޖަމާއަތް" އަށް ދީފައިވަނީ މި ގާނޫނުގެ 70 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
80 ވަނަ ބާބު
ފުރިހަމަނުވާ ކުށް
80 ވަނަ މާއްދާ - ކުށެއް ކުރަން އުޅުން
81 ވަނަ މާއްދާ - ކުށެއް ކުރުމަށް އެދުން
82 ވަނަ މާއްދާ - ކުށްކުރުމަށް ރޭވުން
83 ވަނަ މާއްދާ - ރޭވުމުގައި ބައިވެރިވި މީހެއްގެ މައްޗަށް ދައުވާކުރެވެން ނެތުން ދިފާއަކަށް ނުވުން
84 ވަނަ މާއްދާ - ކުށް އޭނާގެ މައްޗަށް ހިންގުނު މީހާއަށް ލިބިދެވޭ ދިފާއު
85 ވަނަ މާއްދާ - ކުށެއް ކުރުމަށް އެއްބަސްވުމަށްފަހު އެކަން ދޫކޮށްލައި، ކުށުގެ އަމަލު ހިނގިޔަނުދިނުމުން ލިބިދޭ ދިފާއު
86 ވަނަ މާއްދާ - ކުށެއް ކުރުމަށް އުޅުމާއި، ކުށެއް ކުރަން އެދުމާއި، ކުށެއް ކުރުމަށް ރޭވުން ދަރަޖަކުރުން
87 ވަނަ މާއްދާ - ކުށްކުރުމުގެ އާލާތް އަތުގައި ހުރުން
88 ވަނަ މާއްދާ - މާނަކުރުން
ކުށެއް ކުރަން އުޅުން
80 ވަނަ މާއްދާ - ކުށެއް ކުރަން އުޅުން
(ހ) އަންނަނިވި ހާލަތްތަކުގައި މީހަކު ކުރާ އަމަލަކީ ކުށެއް ކުރަން އުޅުމުގެ އަމަލެކެވެ:
- ކުށެއް ކުރުމަށްޓަކައި ކުށުގެ ނިޔަތް އޮތުން؛
- ކުށުގެ އަމަލު ފުރިހަމަކުރުމަށްޓަކައި އެކަށީގެންވާ ފިޔަވަޅެއް އަޅައިފިކަން ރަމްޒުކޮށްދޭފަދަ އަމަލެއް ގަސްދުގައި ކުރުން؛ އަދި އެ އަމަލު ކުރީ ކުށްކުރުމަށް ބޭނުންވާ ހާލަތު ދެމިއޮތްކަމުގައި ގަބޫލުކޮށްގެން ކަމުގައިވުން.
(ށ)
-
އެކަށީގެންވާ ފިޔަވަޅެއް އަޅައިފިކަން ރަމްޒުކޮށްދޭ އަމަލު
ކުށުގެ އަމަލެއް ފުރިހަމަކުރުމަށްޓަކައި އެކަށީގެންވާ ފިޔަވަޅެއް މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައިވާ ފަދައިން މީހަކު އަޅައިފިކަމުގައި ބެލެވޭނީ އެ ކުށުގެ އަމަލު ފުރިހަމަކުރުމަށް އޮތް އޭނާގެ މަގްސަދު އެއަމަލުން ސާފުކޮށް ދަލީލުކޮށްދޭ ނަމައެވެ. -
ކުށެއްގެ އަމަލެއް ފުރިހަމަކުރުމަށްޓަކައި، އެކަށީގެންވާ ފިޔަވަޅެއް އެޅީކަމުގައި ބެލެވިދާނެ އަމަލު
ކުށުގެ އަމަލު ފުރިހަމަކުރުމަށް އޮތް މަގްސަދު ސާފުކޮށް ދަލީލުކޮށްދޭނަމަ، އަންނަނިވި އަމަލުތަކަކީ، ކުށެއްގެ އަމަލެއް ފުރިހަމަކުރުމަށްޓަކައި، އެކަށީގެންވާ ފިޔަވަޅެއް އެޅީކަމުގައި، ގާނޫނީ ގޮތުން ބެލިދާނެ އަމަލުތަކެވެ:- އެ މީހެއްގެ މައްޗަށް ކުށުގެ އަމަލު ހިންގޭ މީހާއަށް އިންތިޒާރުކުރުމާއި، އޭނާ ހޯދުމާއި އޭނާގެ ފަހަތުން ދިޔުން؛
- އެ މީހެއްގެ މައްޗަށް ކުށުގެ އަމަލު ހިންގޭ މީހާ، އެ ކުށް ކުރުމަށް ބޭނުންވާ ތަނަށް ގެންދިއުމަށް ލެންބުން ނުވަތަ ލެންބުމަށް މަސައްކަތްކުރުން؛
- ކުށްކުރަން ބޭނުންވާ ތަން އެ ކަމަށް އެކަށީގެންވޭތޯ ބަލައި އެ ތަނުގެ މައުލޫމާތު ހޯދުން؛
- ކުށުގެ އަމަލު ހިންގުމަށް ބޭނުންވާ ތަނަކީ އިމާރާތެއް ނުވަތަ އުޅަނދެއް ނުވަތަ އެނޫންވެސް ބަންދުކޮށްފައިވާ ތަނަކަށްވެފައި އެ ތަނަކަށް ހުއްދަނެތި ވަނުން؛
- ކުށުގެ އަމަލު ހިންގުމަށް ބޭނުންވާ ސާމާނު އަތުގައި ބެހެއްޓުމާއި، އެ ސާމާނަކީ އެ ކުށުގެ މަގްސަދު ހާސިލުކުރުމަށްޓަކައި ހާއްސަކޮށް ތައްޔާރުކޮށްފައިވާ އެއްޗެއްސަށްވުމާއި އެއިން އެ ހާލަތުގައި ހުއްދަ ބޭނުމެއް ނުކުރެވޭނެ އެއްޗެއްސަށްވުން؛ ނުވަތަ
- ކުށުގެ އަމަލު ހިންގުމަށް ބޭނުންވާ ސާމާނު އަތުގައި ބެހެއްޓުމާއި، ހޯދުމާއި، އެއާ އެއްގޮތް އެއްޗެހި ހޯދުމާއި އަދި އެއްޗެހި ކުށުގެ އަމަލު ހިންގުމަށް ބޭނުންވާ ތަނުގައި ނުވަތަ އެ ތަނާ ކައިރި ހިސާބެއްގައި ބެހެއްޓުމާއި، އެގޮތަށް އެ ސާމާނު ބެހެއްޓުމަކީ އެ ހާލަތުގައި އެނޫން ހުއްދަ ބޭނުމެއް ހިފޭނެ ކަމެއްކަމަށް ނުވުން.
ކުށެއް ކުރުމަށް އެދުން
81 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި އަންނަނިވި އަމަލު ކުރާ މީހާ އެހެން މީހަކު ލައްވާ ކުށެއް ކުރުވުމަށް އެދިއްޖެކަމުގައި ބެލެވޭނެއެވެ:
- މީހަކު އެ އަމަލު ކުރަނީ:
- ކުށެއްކުރުމަށް ބޭނުންވާ ކުށުގެ ނިޔަތް އޮވެގެން ކަމުގައިވުން؛
- އެ ކުށް ކުރުމަށް ހިތްވަރު ދިނުމުގެގޮތުން ނުވަތަ ފަސޭހަކުރުމުގެ ގޮތުންކަމުގައިވުން.
- އަންނަނިވި ބާވަތުގެ އަމަލެއް ކުރީކަމުގައި ބެލެވޭނެ ކަމެއް ކުރުމަށް، އެހެން މީހަކަށް އަމުރުކުރުން، ހިތްވަރު ދިނުން، ނުވަތަ އެހެން މީހެއްގެ ގާތުން އެ ކަމަށް އެދުން:
- ކުށުގެ އަމަލުގެ ގޮތުގައި ބެލެވޭނެ އަމަލަކަށްވުން ނުވަތަ ކުށްކުރަން އުޅުމުގެ އަމަލެއްގެ ގޮތުގައި ބެލެވޭނެ އަމަލަކަށްވުން: ނުވަތަ
- ކުށްކުރުމުގައި ނުވަތަ ކުށްކުރަން އުޅުމުގައި އެހީތެރިވެދީފިކަމަށް ނުވަތަ އެ ކަމުގައި ބައިވެރިވެއްޖެކަމަށް ބެލެވޭނެ ފަދަ އަމަލެއް ކަމުގައިވުން.
(ށ) ކަނޑައެޅިގެން ނުބުނެކުށެއް ކުރުމަށް އެދުން
މި މާއްދާގެ (ހ) ގެ ދަށުން ކުށެއް ކުރުމަށް ސާފު ބަހުން މީހެއް ގާތުން އެދުމަކީ މި މާއްދާގެ (ހ) ގެ ދަށުން ކޮންމެހެން ލާޒިމު ކަމެއް ނޫނެވެ. މީހެއްގެ އަމަލުން އެކަން އަނެކާއަށް އަންގައިދީފި ނަމަވެސް އެ ފުދުނީއެވެ.
ކުށް ކުރުމަށް ރޭވުން
82 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) މީހަކާ އެކު ނުވަތަ އެއަށް ވުރެ ގިނަ ބަޔަކާ އެކު އަންނަނިވި އަމަލުތައް ކުރާ މީހާ، ކުށެއްކުރުމަށް ރޭވީ ކަމުގައި ބެލެވޭނެއެވެ:
- އެ އަމަލު އެކުރަނީ:
- ކުށެއް ކުރުމުގެ ނިޔަތް އޮވެގެން ކަމުގައިވުން؛ އަދި
- އެ މަގްސަދު ހާސިލު ކުރުމަށްޓަކައި ނުވަތަ އެކަން ފަސޭހަކުރުމަށްޓަކައި ކަމުގައިވުން.
- ކުށުގެ އަމަލުގެ ގޮތުގައި ބެލެވޭ އަމަލު ހިންގުމުގައި ބައިވެރިވުމަށް އެހެން މީހަކާ އެކު ނުވަތަ ބަޔަކާ އެކު އެއްބަސްވުން.
- އެ މީހުންގެ ތެރެއިން ކޮންމެވެސް އެކަކު އެރޭވި ރޭވުމުގެ މަގްސަދު ހާސިލުކުރުމަށްޓަކައި ކުރަންޖެހޭ އަމަލެއް ކުރުން.
(ށ) ކުށެއް ކުރަން ރޭވުމުގެ މަގްސަދު
ކުށެއްކުރުމަށް ރޭވުމުގެ މަގްސަދު ކަމުގައި އަންނަނިވި ކަންކަން ހިމެނެއެވެ:
- ކުށްކުރަން ރޭވުމުގެ ސަބަބުން ހިތްވަރު ދިން ނުވަތަ މަގުފަހިކޮށްދިން ކުށް ކުރުން؛
- ކުށްކުރި ތަނުން ފިލުން؛
- ކުށްކޮށްގެން ލިބުނު ފައިދާ ބެހުން؛ އަދި
- ހަނުހުރުން ފިޔަވައި، އެހެން ކޮންމެވެސް އަމަލެއް ކޮށްގެން، އެ ކުށް ކުރިކަން ފޮރުވުން ނުވަތަ އެ ކަމާ ގުޅިގެން އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުން.
(ނ) ކުށެއް ކުރުމަށް ރޭވުމުގައި ބައިވެރިވާ މީހުން
މީހަކު ކުށެއް ކުރުމަށް ރޭވުމުގައި، އެހެން މީހަކު އެ ކަމަށް އެއްބަސްވެއްޖެކަމަށް އެކަށީގެންވާ ގޮތުގައި އޭނާއަށް ބެލެވިއްޖެނަމަ، ނުވަތަ އެ ރޭވުމުގެ މަގްސަދު ހާސިލުކުރުމަށްޓަކައި އެހެން މީހަކާއެކު އެއްބަސްވާނެކަމަށް އެކަށީގެންވާ ގޮތެއްގައި އޭނާއަށް ބެލެވިއްޖެނަމަ، އެ މީހަކީ ކާކުކަން އަދި އޭނާއަށް އެނގިފައި ނެތް ނަމަވެސް، ބެލެވޭނީ އޭނާ އެ މީހާއާ އެ ކަމަށް އެއްބަސްވީ ކަމުގައެވެ.
(ރ) ކުށެއްކުރުމަށް ރޭވި ރޭވުމެއްގެ މުއްދަތު
ކުށެއް ކުރުމަށް ރޭވި ރޭވުމުގެ މަގްސަދު ހާސިލުވުމާ ހަމައަށް ނުވަތަ އެ ރޭވުމާ އެއްގޮތަށް އަމަލުކުރެވެން ނެތުމާ ހަމައަށް ނުވަތަ އެ ރޭވި ރޭވުން ދޫކޮށްލުމާ ހަމައަށް އެ ރޭވުން ދެމިއޮތްކަމުގައި ބެލެވޭނެއެވެ. މި މާއްދާގެ (ހ) ގެ ދަށުން ކުށެއް ކުރާ މީހާ ބެލެވޭނީ، އެ މުއްދަތުގެ ތެރޭގައި އެ ކުށް ރޭވި މީހުންގެ ތެރޭގައި ހިމެނޭ މީހެއްކަމަށެވެ. އަދި އެއީ އޭނާ އެ ކަމުން އަމިއްލައަށް ތަނާޒުލު ނުވާހާހިނދަކުއެވެ.
(ބ) ތަނާޒުލުވުން
ކުށެއް ކުރުމަށް ރޭވުމަށްފަހު މީހަކު އެ ކަމުން ތަނާޒުލުވެއްޖެ ކަމުގައި ބެލެވޭނީ އަންނަނިވި ކަންކަން އެ މީހަކު ކޮށްފިކަމުގައިވާނަމައެވެ:
- އެ ރޭވުމުގައި އޭނާއާއެކު ބައިވެރިވި މީހުންނަށް އެ ރޭވުން އޭނާ ދޫކޮށްލައިފިކަން އެންގުން؛ ނުވަތަ
- އެފަދަ ރޭވުމެއް އޮތްކަން ގާނޫނު ތަންފީޒުކުރުމުގެ އިދާރާތަކަށް އެންގުމާއި އެކަމުގައި އޭނާ ބައިވެރިވިކަންވެސް އެންގުން.
(ޅ) ދޫކޮށްލުން
މި ގާނޫނުގެ 61 ވަނަ މާއްދާ "ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދައުވާ ނުއުފުލައިފިނަމަ ފަހުން ދައުވާ ނުކުރެވުން" ގައި ބަޔާންކޮށްފައިވާ މުއްދަތާ އެއްވަރުގެ މުއްދަތެއްގެ ތެރޭގައި ކުށެއް ކުރުމަށް ރޭވުމަށްފަހު އެ ރޭވި ރޭވުން ދޫކޮށްލިކަމުގައި ބެލެވޭނީ އެ ކުށް ކުރުމުގައި ބައިވެރިވި މީހުންގެ ތެރެއިން އެއްވެސް މީހަކު އެ ރޭވި ރޭވުމުގެ މަގްސަދު ހާސިލުކުރުމަށްޓަކައި ފާޅުވެގެންވާ އެއްވެސް އަމަލެއްކޮށްފިކަމުގައި ނުބެލެވޭ ނަމައެވެ.
(ކ) ތަނާޒުލުވުމަކީ ނުވަތަ ރޭވުމެއް ދޫކޮށްލުމަކީ ދިފާއަކަށް ނުވުން
މި ގާނޫނުގެ 85 ވަނަ މާއްދާ "ކުށެއް ކުރުމަށް އެއްބަސްވުމަށްފަހު އެކަން ދޫކޮށްލައި، ކުށުގެ އަމަލު ހިނގިޔަނުދިނުމުން ލިބޭ ދިފާއު" ގައި ބަޔާންވެގެންވާ ހާލަތުގައި މެނުވީ، ކުށެއް ކުރުމަށް ރޭވުމަށްފަހު އެ ކަމުން ތަނާޒުލުވުމަކީ ނުވަތަ އެކަން ދޫކޮށްލުމަކީ ދިފާއެއް ނޫނެވެ.
ރޭވުމުގައި ބައިވެރިވި މީހެއްގެ މައްޗަށް ދައުވާކުރެވެން ނެތުން ދިފާއަކަށް ނުވުން

ދައުވާ ރައްދުވާ ފަރާތުން ކުށެއްކުރުމަށް ރޭވި މީހަކީ ނުވަތަ ކުށެއް ކުރުމަށް އެދުނު މީހަކީ، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއްގައިވާ މީހެއްކަމުގައި ވުމަކީ، މި ގާނޫނުގެ 81 ވަނަ މާއްދާ "ކުށެއްކުރުމަށް އެދުން" ގެ ދަށުން ނުވަތަ މި ގާނޫނުގެ 82 ވަނަ މާއްދާ "ކުށެއްކުރުމަށް ރޭވުން" ގެ ދަށުން ކުރެވޭ ދައުވާއެއްގައި ލިބިދެވޭނެ ދިފާއެއް ނޫނެވެ.
(ހ) ދައުވާ އުފުލުމުން އިމްތިޔާޒު ލިބިގެންވާ މީހަކަށްވުން ނުވަތަ އެ ކުށުގެ ދައުވާ އުފުލިފައިވާ ނުވަތަ އެ ކުށުގެ ދައުވާ ސާބިތުވެފައިވާ މީހަކަށް ނުވުން؛
(ށ) އެ ކުށުގެ ދައުވާ، އުފުލި ދައުވާއިން ބަރީއަކުރެވިފައިވާ މީހަކަށްވުން؛
(ނ) އެހެން ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައިވުން، ނުވަތަ އެ ކުށުގެ އެހެން ދަރަޖައެއް އެ މީހާގެ މައްޗަށް ސާބިތުވެފައިވާ މީހަކަށްވުން؛ ނުވަތަ
(ރ) އޭނާއަކީ ށަރީއަތުގެ ބާރު ހިނގާ ހިސާބުން ބޭރުގައިވާ މީހެއް ކަމުގައިވުން.
ކުށް އޭނާގެ މައްޗަށް ހިންގުނު މީހާއަށް ލިބިދެވޭ ދިފާއު

މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، މި ގާނޫނުގެ 81 ވަނަ މާއްދާ "ކުށެއްކުރުމަށް އެދުން" ގެ ދަށުން ނުވަތަ މި ގާނޫނުގެ 82 ވަނަ މާއްދާ "ކުށެއް ކުރުމަށް ރޭވުން" ގެ ދަށުން ކުރެވޭ ދައުވާއެއްގައި، އަންނަނިވި ހާލަތްތައް އެގޮތަށް ދިމާވުމަކީ، ދިފާއެއް ކަމުގައި ބެލެވޭނެއެވެ:
(ހ) ދައުވާ ރައްދުވާ މީހާއަކީ، އެ މީހަކާ މެދު ކުށް ކުރެވުނުމީހާ ކަމުގައިވުން؛ ނުވަތަ
(ށ) ކުށް މާނަކޮށްފައިވާ ގޮތުން، ދައުވާ ރައްދުވާ ފަރާތުން ކުރި އަމަލަކީ، އޭނާގެ އިހްތިޔާރަކާނުލައި ކުރި އަމަލެއް ކަމުގައި ވީނަމަވެސް، ކުށުގެ އަމަލު ފުރިހަމަވީ، އޭނާގެ އަމަލު ހިމެނިގެން ކަމުގައިވުން.
ކުށެއް ކުރުމަށް އެއްބަސްވުމަށްފަހު އެކަން ދޫކޮށްލައި، ކުށުގެ އަމަލު ހިނގިޔަނުދިނުމުން ލިބިދޭ ދިފާއު

(ހ) މި ގާނޫނުގެ 80 ވަނަ މާއްދާ "ކުށެއްކުރަން އުޅުން" އާއި މި ގާނޫނުގެ 81 ވަނަ މާއްދާ "ކުށެއް ކުރުމަށް އެދުން" އާއި މި ގާނޫނުގެ 82 ވަނަ މާއްދާ "ކުށެއްކުރުމަށް ރޭވުން" ގެ ދަށުން ކުރެވޭ ދައުވާއެއްގައި ދައުވާ ރައްދުވާ މީހާގެ ކިބައިގައި އޮތް ކުށުގެ މަގްސަދު މުޅިން ދޫކޮށްލައިފިކަމާއި އެކަން ދޫކޮށްލީ އޭނާގެ އަމިއްލަ އިހްތިޔާރުގައިކަން ރަމްޒުކޮށްދޭ ހާލަތްތަކުގައި، ދައުވާ ރައްދުވާ މީހާ ކުށުގެ އަމަލު ހިނގިޔަނުދީ ހުއްޓުވައިފިކަމުގައި ބެލެވިއްޖެ ހިނދެއްގައި، އޭނާއަށް ދިފާއެއް ލިބިގެންވެއެވެ.
(ށ) އަމިއްލަ އިހްތިޔާރުގައި ފުރިހަމައަށް ދޫކޮށްލާ ދޫކޮށްލުމަކަށްވުން
(ށ) ކުށެއްގެ މަގްސަދު އަންނަނިވި ހާލަތްތަކުގައި ދޫކޮށްލާ ދޫކޮށްލުމަކީ އަމިއްލަ އިހްތިޔާރުގައި ފުރިހަމައަށް ދޫކޮށްލި ދޫކޮށްލުމެއް ކަމުގައެއް ނުބެލެވޭނެއެވެ:
- އެކަން ދޫކޮށްލީ އަންނަނިވިފަދަ ހާލަތެއް އޮތްކަމަށް ގަބޫލުކުރެވިގެން ކަމަށްވުން؛
- އެ ކުށް ކުރާ ކަން އެނގިދާނެކަމުގެ ނުވަތަ އެ ކުށް ކުރަނިކޮށް ހައްޔަރުވެދާނެކަމުގެ ނުވަތަ އެ ކުށުގައި ބައިވެރިވާ އެހެން މީހަކު ހައްޔަރުކޮށްފާނެކަމަށް ގަބޫލުކުރެވޭނެ ފަދަ ހާލަތެއް އޮވެގެންކަމުގައިވުން؛ ނުވަތަ
- އެ ކުށް ކުރުން އިތުރަށް އުނދަގޫވާ ފަދަ ހާލަތެއް ކުރިމަތިވެގެން ކަމުގައިވުން.
- އެކަން ދޫކޮށްލީ އަންނަނިވި ފަދަ ނިންމުމަކާ ގުޅިގެން ކަމުގައިވުން:
- އެ ކުށް ކުރުން އެހެން ވަގުތަކަށް ލަސްކުރަން ނިންމުމަށް ފަހުގައިކަމުގައިވުން؛ ނުވަތަ
- އެހެން މީހަކާ މެދު އެ ކުށް ކުރުމަށް ނިންމުމަށް ފަހުގައިކަމުގައިވުން ނުވަތަ އެ ކުށުގެ މަގްސަދާ އެއްފަދަ އެހެންނަމަވެސް ތަފާތު މަގްސަދެއް ހާސިލުކުރުމަށް ނިންމުމަށް ފަހުގައިކަމުގައިވުން.
(ނ) ސާބިތުކުރުމަށް ބޭނުންވާ ހެކީގެ މިންގަނޑު
މި މާއްދާއިން ލިބިދޭ ދިފާއު ދައުވާ ރައްދުވާ ފަރާތަށް ލިބިދޭކަން ސާބިތުކޮށްދޭނީ އޭނާއެވެ. އެއީ، ލިބިހުރި ހެކި އަޅައިކިއުމަށް ފަހުގައެވެ.
ކުށެއް ކުރުމަށް އުޅުމާއި، ކުށެއް ކުރަން އެދުމާއި، ކުށެއް ކުރުމަށް ރޭވުން ދަރަޖަކުރުން
86 ވަނަ މާއްދާ – ދަރަޖަކުރުން
(ހ) މި ގާނޫނުގެ 80 ވަނަ މާއްދާ "ކުށެއްކުރަން އުޅުން" އާއި މި ގާނޫނުގެ 81 ވަނަ މާއްދާ "ކުށެއްކުރުމަށް އެދުން" އާއި މި ގާނޫނުގެ 82 ވަނަ މާއްދާ "ކުށެއްކުރުމަށް ރޭވުން" ގައި ކަނޑައަޅާފައިވާ ކުށްކުށަކީ ކުރަން އުޅުނު ނުވަތަ ކުރަން އެދުނު ނުވަތަ ކުރުމަށް ރޭވި ކުށުގެ ދަރަޖައަށް ވުރެ އެއް ދަރަޖަ ތިރީގައިވާ ކުށް ކުށެވެ.
(ށ) އަދަބުދިނުމުގައި ބަލާ ނުކުތާތައް
- ކުރަން އުޅުނު ކުށް ކުރުމާ ނުވަތަ ކުރަން އެދުނު ކުށް ކުރުމާ ނުވަތަ ރޭވި ކުށް ކުރުމާ ވަރަށް ގާތަށް ކުށްކުރި މީހާ އައިސްފައިވާކަމަށް ސާބިތުވާނަމަ، އޭނާއަށް ކަނޑައަޅާ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން އެއް ދަރަޖަ އުފުލިގެންވާނެއެވެ.
- ކުށްކުރި މީހާ:
- ކުށް ފުރިހަމަކުރުމަށް ބޭނުންވާ ހުރިހާ އަމަލެއް ފުރިހަމަކޮށްފައިވާނަމަ؛ ނުވަތަ
- އެހެން ބަޔަކާ ގުޅިގެން އެ ކުށް ކުރާއިރު، އޭނާ ކުރަންޖެހޭ ހުރިހާ އަމަލެއް އޭނާ ކޮށްފައިވާނަމަ، އޭނާއަށް ކަނޑައަޅާ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން ދެ ދަރަޖަ އުފުލިގެންވާނެއެވެ.
ކުށްކުރުމުގެ އާލާތް އަތުގައި ހުރުން
87 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) ކުށެއްކުރުމަށް ބޭނުންކުރުމުގެ މަގްސަދުގައި، އެ ކުށް ކުރުމުގައި ބޭނުންކުރާނެ އާލާތް އަތުގައި ބަހައްޓައިފި މީހަކު އެކުރަނީ ކުށެކެވެ.
(ށ) މާނަކުރުން
"ކުށްކުރުމުގެ އާލާތް" ކަމުގައި ބުނެފައި އެވަނީ:
- ކުށެއްކުރުމަށް ބޭނުންކުރުމަށްޓަކައި ހާއްސަކޮށް ތައްޔާރުކޮށްފައިވާ ނުވަތަ އެ މަގްސަދަށްޓަކައި ހާއްސަކޮށް ބަދަލުކޮށްފައިވާ ކޮންމެ އެއްޗަކަށެވެ؛ ނުވަތަ
- އާންމު ގޮތެއްގައި ކުށެއް ކުރުމުގެ ބޭނުމުގައި ގެންގުޅޭ އެއްޗެއްސަށާއި، ކުށުގެ ނިޔަތް ފުރިހަމައަށް ހާމަކޮށްދޭ ފަދަ ހާލަތެއްގައި ގެންގުޅޭ ކޮންމެ އެއްޗަކަށެވެ.
(ނ) ދަރަޖަކުރުން
މި ކުށުގެ ދަރަޖައަކީ ޖުނަހުގެ 1 ވަނަ ދަރަޖައެވެ.
މާނަކުރުން
88 ވަނަ މާއްދާ - މާނަކުރުން
"ކުށްކުރުމުގެ އާލާތް" އަށް ދީފައިވަނީ މި ގާނޫނުގެ 87 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
90 ވަނަ ބާބު
ކުށް ދަރަޖަކުރުމާއި އޭގެ ނަތީޖާ
90 ވަނަ މާއްދާ - ކުށް ދަރަޖަކުރެވިގެންވުން
91 ވަނަ މާއްދާ - ދަރަޖަކޮށްފައިނުވާ ކުށްކުށް
92 ވަނަ މާއްދާ - ޖަލުގައި ބަންދުކުރުމަށް ހުއްދަކުރެވިގެންވާ މުއްދަތު
93 ވަނަ މާއްދާ - ހުއްދަކުރެވިފައިވާ ޖޫރިމަނާގެ އަދަދުތައް
94 ވަނަ މާއްދާ - އެއް ކުށަށް ވުރެ ގިނަ ކުށަށް ދައުވާކުރުން
ކުށް ދަރަޖަކުރެވިގެންވުން
90 ވަނަ މާއްދާ - ކުށް ދަރަޖަކުރުން
މި ގާނޫނުގައި ބަޔާންކޮށްފައިވާ ކޮންމެ ޖިނާއީ ކުށަކީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، ދަރަޖަކުރެވިގެންވާ ކުށެކެވެ:
(ހ) 1ވަނަ ދަރަޖައިގެ ޖިނާޔަތު؛ ނުވަތަ
(ށ) 2ވަނަ ދަރަޖައިގެ ޖިނާޔަތު؛ ނުވަތަ
(ނ) 3ވަނަ ދަރަޖައިގެ ޖިނާޔަތު؛ ނުވަތަ
(ރ) 4ވަނަ ދަރަޖައިގެ ޖިނާޔަތު؛ ނުވަތަ
(ބ) 5ވަނަ ދަރަޖައިގެ ޖިނާޔަތު؛ ނުވަތަ
(ޅ) 1ވަނަ ދަރަޖައިގެ ޖުނަހް؛ ނުވަތަ
(ކ) 2ވަނަ ދަރަޖައިގެ ޖުނަހް؛ ނުވަތަ
(އ) 3ވަނަ ދަރަޖައިގެ ޖުނަހް؛ ނުވަތަ
(ވ) (އުނި ކުރެވިފައި)
(މ) (އުނި ކުރެވިފައި)
ދަރަޖަކޮށްފައިނުވާ ކުށްކުށް
91 ވަނަ މާއްދާ - ދަރަޖަކޮށްފައިނުވާ ކުށްކުށް
(ހ) ޖަލުގައި ބަންދުކުރުމުގެ އަންނަނިވި މުއްދަތުތައް ހިމެނިގެންވާ ކުށްކުށަކީ، ތިރީގައި ބަޔާންކޮށްފައި އެވާ ދަރަޖައިގެކުށެވެ:
- 1 އަހަރުދުވަހަށް ވުރެ ދިގު މުއްދަތަކަށް ބަންދުކުރުން ހުއްދަ ކުރާނަމަ، އެއީ، 5 ވަނަ ދަރަޖައިގެ ޖިނާޔަތެކެވެ؛
- 6 މަސް ދުވަހަށްވުރެ ދިގު، އެހެންނަމަވެސް 1 އަހަރު ދުވަހަށްވުރެ ކުރު މުއްދަތަކަށް ބަންދުކުރުން ހުއްދަކުރާނަމަ، އެއީ، 1 ވަނަ ދަރަޖައިގެ ޖުނަހެކެވެ؛
- 6 މަސްދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް، އެހެންނަމަވެސް 3 މަސް ދުވަހަށްވުރެ ދިގު މުއްދަތަކަށް ބަންދުކުރާނަމަ، އެއީ، 2 ވަނަ ދަރަޖައިގެ ޖުނަހެކެވެ؛
- 3 މަސް ދުވަހަށް ވުރެ ކުރު މުއްދަތަކަށް ބަންދުކުރުން ހުއްދަ ކުރާނަމަ، އެއީ، 3 ވަނަ ދަރަޖައިގެ ޖުނަހެކެވެ.
(ށ) ވަކި ކުށަކީ ޖިނާޔަތެއްކަމުގައި، ހަމައެކަނި ބަޔާންކުރާނަމަ، އެއީ:
- 5 ވަނަ ދަރަޖައިގެ ޖިނާޔަތެކެވެ؛
- ވަކި ކުށަކީ، ޖުނަހެއްކަމުގައި ހަމައެކަނި ބަޔާންކުރާނަމަ، އެއީ، 2 ވަނަ ދަރަޖައިގެ ޖުނަހެކެވެ.
(ނ) (އުނި ކުރެވިފައި)
(ރ) އިހްމާލުގެ ހެކި ސާބިތުވެއްޖެކަމަށް ވާނަމަ މުހާލަފާތަކަށް ވުރެ މަތީ ދަރަޖައެއް ކަނޑައެޅުން
ކުށުގެ ރުކުންތައް ދެނެގަތުމުގައި އިހްމާލުވެފައިވާކަން ދައުވާ ކުރާފަރާތުން ސާބިތުކޮށްދޭ ހާލަތުގައި، ނިޔަތް ސާބިތުކުރަން ނުޖެހި، ހަމައެކަނި އަމަލު ސާބިތުކުރަންޖެހޭ ކުށަކީވެސް މުހާލަފާތަކަށްވުރެ މަތީ ދަރަޖައެއް ކަނޑައަޅަންޖެހިދާނެ ކުށެކެވެ. އެފަދަ ހާލަތެއްގައި، ކުށުގެ ދަރަޖައަކަށްވާނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދަރަޖައެވެ.
ޖަލުގައި ބަންދުކުރުމަށް ހުއްދަކުރެވިގެންވާ މުއްދަތު
92 ވަނަ މާއްދާ - ޖަލުގައި ބަންދުކުރުމަށް ހުއްދަކުރެވިގެންވާ މުއްދަތު
އެހެން ގޮތަކަށް މި ގާނޫނުގައި ބަޔާންކޮށްފައި ނުވާހާހިނދަކު، އަންނަނިވި ކުށްކުށަށް ޖަލުގައި ބަންދުކުރުމަށް ކަނޑައެޅޭ އެންމެ ދިގު މުއްދަތެއްކަމުގައި ބެލެވޭނީ އަންނަނިވި މުއްދަތުތަކެވެ:
(ހ) 1 ވަނަ ދަރަޖައިގެ ޖިނާޔަތަށް "މަރު ނުވަތަ" 25 އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން؛
(ށ) 2 ވަނަ ދަރަޖައިގެ ޖިނާޔަތަށް 15 އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން؛
(ނ) 3 ވަނަ ދަރަޖައިގެ ޖިނާޔަތަށް 8 އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން؛
(ރ) 4 ވަނަ ދަރަޖައިގެ ޖިނާޔަތަށް 4 އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން؛
(ބ) 5 ވަނަ ދަރަޖައިގެ ޖިނާޔަތަށް 2 އަހަރު ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން؛
(ޅ) 1 ވަނަ ދަރަޖައިގެ ޖުނަހަށް 1 އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން؛
(ކ) 2 ވަނަ ދަރަޖައިގެ ޖުނަހަށް 6 މަސްދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން؛
(އ) 3 ވަނަ ދަރަޖައިގެ ޖުނަހަށް 3 މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން؛
(ވ) މުހާލަފާތަކަށް، އެއްވެސް މުއްދަތަކަށް ޖަލުގައި ބަންދުކުރުމުގެ އަދަބެއް ނެތެވެ.
(މ) އެންމެ ދިގު މުއްދަތުގެ އަދަބު ހަމައެކަނި ކުށުގެ އެންމެ ނުރައްކާތެރި ވައްތަރަށް ކަނޑައެޅުން
ކުށަކަށް ކަނޑައަޅާފައިވާ އަދަބުގެ ދަރަޖައިގެ އެންމެ މަތީ ނިސްބަތުގެ އަދަބަކީ، އެ ކުށުގެ އެންމެ ބޮޑު އެންމެ ނުރައްކާތެރި ބާވަތަށް ކަނޑައެޅުން އެކަށީގެންވާ އަދަބެކެވެ.
(ފ) މަރުގެ އުގޫބާތް މީހަކު މެރުމުގެ އެންމެ ނުރައްކާތެރި ބާވަތުގެ ކުށަށް ހާއްސަވެގެންވުން
މަރުގެ އަދަބު ކަނޑައެޅިގެންވަނީ މީހަކު މެރުމުގެ ކުށުގެ ތެރެއިން، ގަސްތުގައި އެންމެ އަނިޔާވެރިކޮށް، އެންމެ އަނިޔާދެނިވި ގޮތެއްގައި މީހަކު މެރުމުގެ ކުށަށެވެ.
ހުއްދަކުރެވިފައިވާ ޖޫރިމަނާގެ އަދަދުތައް
93 ވަނަ މާއްދާ - ހުއްދަކުރެވިފައިވާ ޖޫރިމަނާގެ އަދަދުތައް
މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، އަންނަނިވި ދަރަޖަތަކުގައި ހިމެނޭ ކުށްކުށަށް ކަނޑައަޅާނީ ތިރީގައި ބަޔާންކޮށްފައި އެވާ ޖޫރިމަނާގެ އަދަދުތަކެވެ:
(ހ) ކުރުވި ގެއްލުމުގެ ނުވަތަ ލިބުނު ފައިދާގެ ދެ ގުނަ؛ ނުވަތަ
(ށ)
- 1ވަނަ ދަރަޖައިގެ ޖިނާޔަތަކަށް 2,000,000 ރުފިޔާ؛
- 2ވަނަ ދަރަޖައިގެ ޖިނާޔަތަކަށް 1,000,000 ރުފިޔާ؛
- 3ވަނަ ދަރަޖައިގެ ޖިނާޔަތަކަށް 400,000 ރުފިޔާ؛
- 4ވަނަ ދަރަޖައިގެ ޖިނާޔަތަކަށް 200,000 ރުފިޔާ؛
- 5ވަނަ ދަރަޖައިގެ ޖިނާޔަތަކަށް 100,000 ރުފިޔާ؛
- 1ވަނަ ދަރަޖައިގެ ޖުނަހަކަށް 50,000 ރުފިޔާ؛
- 2ވަނަ ދަރަޖައިގެ ޖުނަހަކަށް 24,000 ރުފިޔާ؛
- 3ވަނަ ދަރަޖައިގެ ޖުނަހަކަށް 12,000 ރުފިޔާ؛
-
(އުނި ކުރެވިފައި)
(ނ) އެކިއެކި ކުންފުނިތަކުން ދައްކަން ޖެހޭ ޖޫރިމަނާ
ކުންފުންޏަކުން ކުރާ ކުށަކާ ގުޅިގެން އެ ކުންފުންޏެއް ޖޫރިމަނާކުރެވޭނެ އެންމެ ބޮޑު އަދަދަކީ، މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ފަރުދަކު ދައްކަންޖެހޭ ޖޫރިމަނާގެ ދެ ގުނައެވެ.
އެއް ކުށަށް ވުރެ ގިނަ ކުށަށް ދައުވާކުރުން
94 ވަނަ މާއްދާ - އެއް ކުށަށް ވުރެ ގިނަ ކުށްސާބިތުވުން
(ހ) ދައުވާ ރައްދުވާ ފަރާތުން ކުރާ ކުށުގެ އެއް އަމަލުގެ ސަބަބުން، އެއް ކުށަށް ވުރެ ގިނަ ކުށުގެ ރުކުން ފުރިހަމަވާކަމުގައި ވާނަމަ، އެއިން ކޮންމެ ކުށަކަށް އޭނާގެ މައްޗަށް ދައުވާ އުފުލައި އެއިން ކޮންމެ ކުށެއް އޭނާގެ މައްޗަށް ސާބިތުކުރެވިދާނެއެވެ.
(ށ) އެއް ކުށަށް ވުރެ ގިނަ ކުށުގެ މައްޗަށް ދައުވާ ސާބިތުވުމާއި، މުއްދަތެއް ކަނޑައެޅުން
ދައުވާ ރައްދުވާ ފަރާތް ދެ ކުށަކުން ނުވަތަ ކުށެއްގެ ދެ ދަރަޖައަކުން ކުށްވެރިވާކަމަށް ކޯޓަށް ސާބިތުވާނަމަވެސް، އަދި އެކަންކަމަށް ދައުވާ ރައްދުވާ ފަރާތުން ޒިންމާއުފުލަންޖެހޭކަން ސާބިތުވާކަމުގައި ވީނަމަވެސް، އަންނަނިވި ހާލަތްތައް އެހެން ހުރެއްޖެނަމަ، އެ ދެ ކުށުގެ ތެރެއިން އެއް ކުށަށް މެނުވީ، ކޯޓުން އަދަބު ކަނޑައަޅައިގެން ނުވާނެއެވެ.
- އެ ދެ ކުށްވެސް ބިނާވެގެންވަނީ އެއް އަމަލެއްގެ މައްޗަށް ކަމުގައި ވުމާއި؛ އަދި
- އެ ދެ ކުށުގެ ތެރެއިން އެއް ކުށުން ލިބުނު ގެއްލުމަކީ:
(ހހ) އަނެއް ކުށުގެ ތެރޭގައި ފުރިހަމައަށް ހިމެނިގެންވާ ގެއްލުމަކަށްވުން؛ ނުވަތަ
(ށށ) ދެ ކުށަކީވެސް އެއްގޮތް ދެ ކުށް ކަމުގައި ވީނަމަވެސް އެއް ކުށަށް ވުރެ އަނެއް ކުށުގެ ދަރަޖަ ތިރިވުން؛ ނުވަތަ - އެ ދެ ކުށް ތަފާތުވެގެންދަނީ ހަމައެކަނި އަންނަނިވި ގޮތުގައި ކަމުގައިވުން؛
(ހހ) އެއް ކުށުން ހަމައެކަނި މަނާކުރަނީ ވަކި ބާވަތެއްގެ އަމަލެއް ވަރަށް އާންމުކޮށްކަމުގައި ވުމާއި، އަނެއް ކުށުން މަނާކުރަނީ އެ ބާވަތުގެ އަމަލުގެ ވަކި ހާލަތެއްކަމުގައިވުން؛ ނުވަތަ
(ށށ) އަނެއްކުށުން ލިބުނު ގެއްލުމަށްވުރެ ކުޑަ މިންވަރަކަށް ވީނަމަވެސް، ދެކުށުންވެސް ލިބުނީ އެއްބާވަތެއްގެ ގެއްލުމަކަށްވުން. - އޭނާ ކުރި ކުށްތައް މާނަކުރެވިފައިވަނީ ހިނގަމުންދާ އަމަލުތަކެއްގެ މައްޗަށް ބިނާކޮށްކަމުގައި ވުމާއި، ދައުވާ ރައްދުވާ ފަރާތުގެ އަމަލުތަކަށް އެއްވެސް ގޮތަކަށް ހުއްޓުމެއް އައިސްފައި ނުވުން. (ނަމަވެސް އެއީ، އޭނާގެ އަމަލުގެ އެކި ބައިބަޔަކީ ވަކި ކުށުގެ ގޮތުގައި ގާނޫނުގައި ކަނޑައަޅާފައި ނުވާނަމައެވެ.)

- ދެ ކުށުގެ ތެރެއިން އެއް ކުށުގައި ހިމެނިގެންވާ އަމަލަކީ އޭގެ ޒާތުގައި ފުރިހަމަނުވާ ކުށަކަށް ވުމާއި؛
- އެހެން ކުށެއް ފުރިހަމަކުރުމަށްޓަކައި ކުރެވޭ އަމަލެއްކަމުގައިވުން؛ ނުވަތަ
- ދެ ކުށަކީ، ވަކި ދެ ކުށްކަމުގައި ވީނަމަވެސް، މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެއް ކުށާއި އަނެއް ކުށާ ދެމެދު ގުޅުމެއް ހުރުން.
- އެއިން ކޮންމެ ކުށަކީވެސް އޭގެ ޒާތުގައި ފުރިހަމަނުވާ ކުށުގެ އަމަލަކަށް ވުމާއި އެއިން ކޮންމެ ކުށަކީވެސް އެހެން ވަކި ކުށެއް ކުރުމަށްޓަކައި ކުރެވުނު އަމަލެއްކަމުގައިވުން؛ ނުވަތަ
- ދެ ކުށުގެ ހަމައެކަނި ތަފާތަކީ، އެ ދެ ކުށުގެ ތެރެއިން އެއް ކުށަކީ ދައުވާ ރައްދުވާ ފަރާތުން ސީދާ ކުރި އަމަލެއްގެ މައްޗަށް ބިނާވެފައިވާ ކުށަކަށް ވުމާއި، އަނެއް ކުށް ބިނާވެގެންވަނީ މި ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން، ހަމަ އެ ކުށަށް އެހެން މީހެއްގެ އަމަލަކަށް ޒިންމާ އުފުލަންޖެހޭ ހައިސިއްޔަތުން ކަމުގައިވުން. (އިސްލާހު ކުރެވިފައި)
- އެކުށްތައް ކުރިކަން ސާބިތުކުރުމަށް ބޭނުންކުރާ ހަގީގަތްތައް، އެއް ހަގީގަތް އަނެއް ހަގީގަތާ ތައާރުޒުވުން.
(ނ) އަދަބު ކަނޑައެޅުން
މި މާއްދާގެ (ށ) ގެ ދަށުން އެއް އަދަބަށްވުރެ ގިނަ އަދަބު ކަނޑައެޅުން މަނާކުރާ ހާލަތްތަކުގައި ކޯޓުން އަދަބު ކަނޑައަޅާނީ އެ ދެ ކުށުގެ ތެރެއިން ނުވަތަ އެއް ކުށުގެ ދެ ދަރަޖައިގެ ތެރެއިން އެންމެ ބަރުދަން ބޮޑު ކުށަށެވެ. ނުވަތަ އެންމެ މަތީ ދަރަޖައިގެ ކުށަށެވެ. (އިސްލާހު ކުރެވިފައި)
ދެވަނަ ބައި: ހާއްސަ ބައި
ނަފުސާ ދެކޮޅަށް ކުރެވޭ ކުށް
110 ވަނަ ބާބު
މެރުމުގެ ކުށް
110 ވަނަ މާއްދާ - މެރުން
111 ވަނަ މާއްދާ - ގަސްދަކާ ނުލައި މީހަކު މެރުން
112 ވަނަ މާއްދާ - އިހުމާލުގެ އަމަލަކުން މީހަކު މަރުވުން
113 ވަނަ މާއްދާ - އަމިއްލައަށް މަރުވާން މަޖުބޫރު ކުރުވުމާއި، މީހަކު އަމިއްލައަށް މަރުވާން އެހީތެރިވެދިނުމާއި، މީހަކު އަމިއްލައަށް މަރުވުމަށް އެދުމާއި، މީހަކު އަމިއްލައަށް މަރުވާން އުޅުން
114 ވަނަ މާއްދާ - މަރެއް ފޮރުވުން
115 ވަނަ މާއްދާ - މާނަކުރުން
މެރުން
110 ވަނަ މާއްދާ - މެރުން
(ހ) ކުށް ކަނޑައެޅުން
އެނގިހުރެ މީހަކު މަރައިފި މީހާ އެކުރަނީ ކުށެކެވެ.
(ށ) އިންސާނާގެ ފުރާނައަށް އެއްވެސް ފަރުވާލެއްނެތި ކުރާ އަމަލަކުން މީހަކު މަރުވުން
އިންސާނާގެ ފުރާނައިގެ އަގަށް އެއްވެސް ފަރުވާލެއް ނެތް ކަމަށް ދައްކުވައިދޭ ހާލަތެއްގައި، މީހަކު ކުރާ ފަރުވާކުޑަ އަމަލެއްގެ ސަބަބުން، މީހަކު މަރުވެއްޖެނަމަ، އެ އަމަލު ހިންގި މީހާ އެކުރަނީ ކުށެކެވެ.
(ނ) ޖިނާޔަތުގެ ކުށް އެހެން ގޮތަކަށް ސާބިތުނުކުރެވޭހާ ހިނދަކު މަރުގެ ކުށެއް ކަމަށް ބެލުން
އަންނަނިވި ހާލަތްތަކުގައި، މީހަކު ކުރާ އަމަލަކީ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން، އިންސާނާގެ ފުރާނައިގެ އަގަށް އެއްވެސް ފަރުވާލެއްނެތި، ހިންގި ފަރުވާކުޑަ އަމަލެއްކަމުގައި، އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު، ފަނޑިޔާރު ގަބޫލުކުރަންވާނެއެވެ.
- އަންނަނިވިފަދަ ކުށެއް ކުރުމުގައި ބައިވެރިވުމާއި، އެފަދަ ކުށެއް ކުރާ މީހަކަށް އެހީތެރިވުމާއި، އެފަދަ ކުށެއް ކުރަން އުޅުމާއި، އަދި އެފަދަ ކުށެއް ކުރުމަށްފަހު ފިލުން؛
- އެއްވެސް އަނިޔާވެރި ކުށެއް.
(ރ) ދަރަޖަކުރުން
މި ކުށަކީ ޖިނާޔަތުގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
(ބ) މާނަކުރުން
"އަނިޔާވެރި ކުށް" ކަމަށް ބުނެފައި އެވަނީ އިންސާނާގެ ހަށިގަނޑަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބިދާނެ ކުށަކަށެވެ.
ގަސްދަކާ ނުލައި މީހަކު މެރުން
111 ވަނަ މާއްދާ - ފަރުވާކުޑަ އަމަލަކުން މީހަކު މަރުވާން ދިމާވުން
(ހ) މީހަކު ކުރާ ފަރުވާކުޑަ އަމަލެއްގެ ސަބަބުން، އެހެން މީހަކު މަރުވެއްޖެނަމަ، އެ އަމަލު ކުރާ މީހާ އެކުރަނީ ކުށެކެވެ.
(ށ) ސިކުނޑިއަށް ނުވަތަ ޖަޒުބާތަށް އިންތިހާއަށް އަސަރުކޮށްފައިވާ ހާލަތްތަކުގައި މެރުމުގެ ކުށަކަށް ނުވުން
މި ގާނޫނުގެ 110 ވަނަ މާއްދާގެ ދަށުން މީހަކު މެރުމުގެ ކުށް ކަމުގައި ބެލެވޭ އަމަލެއް މީހަކު ކުރި ނަމަވެސް، އަންނަނިވި ހާލަތްތަކުގައި އެއީ މި ގާނޫނުގެ 111 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ކުށް ކަމުގައި ބަލަންވާނެއެވެ:
- އޭނާ، އެ އަމަލު ހިންގާފައިވަނީ، އޭނާގެ ސިކުނޑިއަށް ނުވަތަ ޖަޒުބާތަށް އިންތިހާއަށް އަސަރުކޮށްފައިވާ ދަނޑިވަޅެއްގައި، އެކަމުގެ ނުފޫޒުގައިހުރެ ކަމުގައިވުން؛
- އެ ކުރި އަމަލަށް އެކަށީގެންވާ ސަބަބެއް އޮތުމާއި، އެސަބަބުގެ އެކަށީގެންވާކަން އެ އަމަލު ހިންގާ މީހާ ހުރިކަމަށް ގަބޫލުކުރެވޭ ހާލަތުގައި ހުންނަ އެހެން މީހެއްގެ ނަޒަރުން ކަނޑައެޅިގެން ދިޔުން.
- ސާބިތުކޮށްދިނުމުގެ ޒިންމާ
- ދައުވާ ރައްދުވާ ފަރާތުން ހިންގި ކުށުގެ އަމަލަކީ، މީހަކު މެރުމުގެ ގަސްދަކާ ނުލައި ހިންގި އަމަލެއްކަން ސާބިތުކޮށްދިނުމަކީ، އެކަމުގެ މައްޗަށް ލިބި ހުރި ހެކި ވަޒަންކުރުމާއެކު، ދައުވާ ރައްދުވާ ފަރާތުން، އުފުލަންޖެހޭނެ ޒިންމާއެކެވެ.
(ނ) ދަރަޖަކުރުން
މިއީ، ޖިނާޔަތުގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ.
އިހުމާލުގެ އަމަލަކުން މީހަކު މަރުވުން
112 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) މީހަކުކުރާ އިހުމާލުގެ އަމަލަކުން، އެހެން މީހަކު މަރުވެއްޖެނަމަ، އެ އަމަލު ކުރި މީހާ އެކުރަނީ ކުށެކެވެ.
(ށ) މިއީ، ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
އަމިއްލައަށް މަރުވާން މަޖުބޫރު ކުރުވުމާއި، މީހަކު އަމިއްލައަށް މަރުވާން އެހީތެރިވެދިނުމާއި، މީހަކު އަމިއްލައަށް މަރުވުމަށް އެދުމާއި، މީހަކު އަމިއްލައަށް މަރުވާން އުޅުން
113 ވަނަ މާއްދާ - އަމިއްލައަށް މަރުވާން މަޖުބޫރުކުރުވުން
(ހ) ބާރުގެ ބޭނުންކޮށްގެން، ނުވަތަ ބާރުގެ ބޭނުންކޮށްފާނެކަމުގެ ބިރުދައްކައިގެން ނުވަތަ މަކަރާއި ހީލަތުން ކުރާ ކަމަކުން، އެހެން މީހަކު އަމިއްލައަށް މަރުވެއްޖެނަމަ، ބިރުދެއްކި މީހާ، ނުވަތަ ބާރުގެ ބޭނުންކުރި މީހާ، ނުވަތަ މަކަރާއި ހީލަތުގެ އަމަލު ކުރި މީހާ އެކުރަނީ ކުށެކެވެ.
(ށ) އަމިއްލައަށް މަރުވާން އެހީތެރިވެދިނުމާއި، އެކަމަށް އެދުމާއި، އަމިއްލައަށް މަރުވާންއުޅުން.
-
ކުށް ކަނޑައެޅުން
އެނގިހުރެ، އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލެއް ކުރާ މީހާ އެކުރަނީ ކުށެކެވެ:- އެހެން މީހަކު އަމިއްލައަށް މަރުވުމަށް އެދުމާއި؛ ނުވަތަ؛ އެހީތެރިވެދިނުން؛ ނުވަތަ؛
- އަމިއްލައަށް މަރުވާން އުޅުން.
-
އިސްތިސްނާ
އަންނަނިވި ހާލަތްތަކުގައި، ހުއްދަދެވިފައިވާ ސިއްހީ މަސައްކަތްތެރިއަކު އެކުރަނީ، މި މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގެ (i) ގެ ދަށުން، ކުށެއް ނޫނެވެ:- ބަލިމީހެއްގެ ސިކުނޑި މަރުވެފައިވާކަން އެނގެން އޮންނަ ހާލަތްތަކުގައި ނުވަތަ އެމީހަކީ އަނބުރާ ހޭނުލެވޭ ފަދަ ކޯމާއެއްގައ އޮތް މީހެއްކަން އެނގޭނެ އެކަށީގެންވާ ސިއްހީ ސަބަބުތައް ހުރި މީހެއްނަމަ، އެ ބަލިމީހާގެ އާއިލާގައި އޭނާއާ އެންމެ ގާތްކޮށް ތިބި މީހުންގެ އެދުމުގެ މަތިން، އޭނާއަށް ފަރުވާދިނުން ހުއްޓާލުން، ނުވަތަ. (އިސްލާހު ކުރެވިފައި)
- އެބަލިމީހަކު ދިރިދުނިޔޭގައި ބޭއްވުމަށްޓަކައި އޭނާއާ ގުޅައިފައިވާ ސިއްހީ ވަސީލަތްތައް ބަލިމީހާގެ އާއިލާގައި އޭނާއާ އެންމެ ގާތްކޮށް ތިބި މީހުންގެ އެދުމުގެ މަތިން، މަސައްކަތްކުރުން ހުއްޓުވާލުން.
-
އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު ގަބޫލުކުރާނެ ގޮތް
އަންނަނިވި ކަންކަން ގަސްދުގައި ކުރާ މީހާ، މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ (ii) ގައި ބަޔާންކޮށްފައިވާ، އަމިއްލައަށް މަރުވާން އުޅުމުގެ ކުށްކުރަން އުޅެފިކަމުގައި، އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު، ފަނޑިޔާރު ގަބޫލުކުރަންވާނެއެވެ.- މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ނުވަތަ ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް އޯވަރޑޯޒްވާ މިންވަރަށް ބޭނުންކުރުން؛
- އޭނާގެ އަމިއްލަ ހަށިގަނޑަށް ޖިސްމާނީ ބޮޑެތި އަނިޔާކުރުން.
(ނ) މާނަކުރުން
"އަމިއްލައަށް މަރުވުން" ކަމަށް ބުނެފައި އެވަނީ، ތިމާ އަމިއްލައަށް މަރުވެދާ ފަދަ އަމަލެއް އެނގިހުރެ ކުރުމަށެވެ.
(ރ) ދަރަޖަކުރުން
މި ކުށް ދަރަޖަކޮށްފައިވަނީ، އަންނަނިވި ފަދައިންނެވެ.
-
އަމިއްލައަށް މަރުވާން މަޖުބޫރުކުރުވުން
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށަކީ، މި ގާނޫނުގެ 110 ވަނަ މާއްދާއިން 112 ވަނަ މާއްދާގެ ނިޔަލަށް ބަޔާންކޮށްފައިވާ ކުށުގެ އަމަލު ދައުވާ ރައްދުވާ މީހާ، އޭނާގެ އަމިއްލަ ޒާތުގައި ކޮށްފި ހިނދެއްގައި އޭނާއަށް ދެވޭ އަދަބަށްވުރެ، އެއް ދަރަޖަ ތިރީގައިވާ ކުށެކެވެ. -
އަމިއްލައަށް މަރުވާން އެހީތެރިވެދިނުމާއި، އެ ކަމަށް އެދުން
މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ (i) ގައިވާ ކުށަކީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ. އެއީ އެއަމަލުގެ ސަބަބުން އެހެން މީހަކު އަމިއްލައަށް މަރުވެއްޖެނަމަ ނުވަތަ މަރުވާންއުޅެފި ނަމައެވެ. -
އަމިއްލައަށް މަރުވާން އުޅުން
އަމިއްލައަށް މަރުވާން އުޅުމަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
މަރެއް ފޮރުވުން
114 ވަނަ މާއްދާ - މަރެއް ފޮރުވުން
(ހ) ކުށް ކަނޑައެޅުން
މީހަކު މަރުވެފައި އޮތީ އެހެން މީހަކު އޭނާ މަރައިލައިގެންކަން މީހަކަށް އެނގިހުރެ، އެކަން ފޮރުވާ މީހާ އެކުރަނީ ކުށެކެވެ.
(ށ) ދަރަޖަކުރުން
މިއީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.
މާނަކުރުން
115 ވަނަ މާއްދާ - މާނަކުރުން
(ހ) "ހަށިގަނޑަށް ލިބޭ އަނިޔާ" އަށް ދީފައިވަނީ މި ގާނޫނުގެ 17 ވަނަ މާއްދާގެ (7) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ށ) "މަކަރާއި ހީލަތް" އަށް ދީފައިވަނީ މި ގާނޫނުގެ 212 ވަނަ މާއްދާގެ (ށ) ގެ (2) ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ނ) "ބާރުގެ ބޭނުންކޮށްފާނެކަމުގެ ނުފޫޒު" އަށް ދީފައިވަނީ މި ގާނޫނުގެ 55 ވަނަ މާއްދާގައި ދީފައިވާ މާނަކުރުމެވެ.
(ޅ) "ހަށިގަނޑަށް ލިބޭ ބޮޑެތި އަނިޔާ" އަށް ދީފައިވަނީ މި ގާނޫނުގެ 17 ވަނަ މާއްދާގެ (91) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ކ) "އަމިއްލައަށް މަރުވުން" އަށް ދީފައިވަނީ 113 ވަނަ މާއްދާގެ (ނ) ގައި ދީފައިވާ މާނަކުރުމެވެ.
(ވ) "އަނިޔާވެރި ކުށް" އަށް ދީފައިވަނީ މި ގާނޫނުގެ 110 ވަނަ މާއްދާގެ (ބ) ގައި ދީފައިވާ މާނަކުރުމެވެ.
120 ވަނަ ބާބު
ޖެހުމާއި، ޖަހާފާނެކަމުގެ ބިރުދެއްކުމާއި އަދި އެހެނިހެން ބިރުދެއްކުމުގެ ކުށް
121 ވަނަ މާއްދާ - ފަރުވާލެއްނެތި ކުރާ އަމަލަކުން އަނިޔާއެއް ލިބިދާނެކަމުގެ ބިރުދެއްކުން
122 ވަނަ މާއްދާ - ބިރުދެއްކުމާއި ދޮގު ހަބަރު ދިނުން
123 ވަނަ މާއްދާ - މާނަކުރުން
ޖެހުން
120 ވަނަ މާއްދާ - ޖެހުން
(ހ) ކުށް ކަނޑައެޅުން
މީހެއްގެ ރުހުމަކާ ނުލައި އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް ހިންގާ މީހާ އެކުރަނީ ކުށެކެވެ:
- އޭނާގެ ގައިގާ އަތްލުން ނުވަތަ އޭނާއަށް އަނިޔާއެއް ކުރުން؛ ނުވަތަ
- އޭނާއަށް އެ ވަގުތު އަނިޔާއެއް ދީފާނެކަމުގެ ބިރު ދެއްކުން.
(ށ) ދަރަޖަކުރުން
- އަންނަނިވި ހާލަތްތަކުގައި މި ކުށަކީ، ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
- ބޮޑު އަނިޔާއެއް މީހެއްގެ ހަށިގަނޑަށް ދިނުން؛ ނުވަތަ
- އެކުށް ކުރުމުގައި، ނުރައްކާތެރި ހަތިޔާރެއް ބޭނުންކުރުން؛ ނުވަތަ
- އެ އަމަލުގެ ސަބަބުން އަނިޔާ ލިބުނު ފަރާތަކީ ފުލުހެއް ނުވަތަ ސިފައިންގެ މީހެއްކަމުގައިވުން.
-
އަނިޔާއެއް ދިނުން
މީހެއްގެ ހަށިގަނޑަށް އަނިޔާއެއް އޭނާ ދިންކަމަށްވާނަމަ، އެ ކުށަކީ ޖުނަހްގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ.
-
ޖެހުން
އެނޫން ހާލަތްތަކުގައި، އެ ކުށަކީ، ޖުނަހްގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.
(ނ) އަދަބު ކަނޑައެޅުމުގައި ވިސްނަން ޖެހޭ ނުކުތާ
އަނިޔާކުރީ މީހަކު އޭނާ ދިރިއުޅޭ ގޭގައި ހުއްޓާ ކަމުގައިވާނަމަ ނުވަތަ ގެއެއްގައި މެހުމާނެއްގެ ގޮތުގައި ހުއްޓާ ކަމަށްވާނަމަ، މި މާއްދާގެ ދަށުން ކުށެއްކަމަށް ބަލާ ކޮންމެ އަމަލަކަށް ދެވޭ އަދަބު، މި ގާނޫނުގެ 1002 ވަނަ މާއްދާގައިވާ އަދަބު ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތަކުގެ އެންމެ އަސާސީ މިންގަނޑުގެ މައްޗަށް އެއް ދަރަޖަ އުފުލިގެން ވާނެއެވެ.
(ރ) މާނަކުރުން
- "ނުރައްކާތެރި ހަތިޔާރު" ކަމަށް ބުނެފައި އެވަނީ:
- އެއިން ހިފިދާނެ ހުއްދަ އެހެން ބޭނުމެއް އޮތްކަން ސާބިތުކޮށްދެވެން ނެތް ހާލަތްތަކުގައި ބޭނުންކުރާ، މީހަކު މަރާލެވިދާ ފަދަ ގާބިލުކަން ހުރި ހަތިޔާރަށެވެ. ނުވަތަ؛
- އެއިން އާދައިގެ އާންމު ހުއްދަ ބޭނުމެއް ކުރެވެން ނުހުންނަ އެއްޗެހީގެ ތެރެއިން މީހަކަށް ބޮޑެތި އަނިޔާ ލިބިދާނެ ފަދަ ގޮތަކަށް ބޭނުންކުރެވޭ އެއްޗެއްސަށެވެ. ނުވަތަ؛
- އެއްވެސް ބާވަތެއްގެ ވަޅިއެއް، ނުވަތަ ކަނޑިއެއް، ނުވަތަ ހަންޖަރެއް، ނުވަތަ ރޭޒަރު ތިލައެއް، ނުވަތަ ކަޓަރެއް، ނުވަތަ ކަޓަރު ތިލައެއް، ނުވަތަ ކަތިވަޅިއެއް، ނުވަތަ ފުރޮއެއް، ނުވަތަ ކޯރާޑިއެއް، ނުވަތަ މުޅޮއެއް، ނުވަތަ ތޫނުކޮށްފައި ނުވަތަ ކޮޅު ފޭއްސާފައި ހުންނަ ދަގަނޑު ނުވަތަ ލަކުޑި، ނުވަތަ އެނޫންވެސް އެޒާތުގެ ތަކެތި ހިމެނޭ ގޮތުން، ތޫނު އެއްޗެހި ނުވަތަ ޓޭޒަރ ގަންއާއި ސްޓަން ގަންއާއި އެނޫންވެސް މީހެއްގެ ހަށިގަނޑަށް ށޮކެއް ފޮނުވައިގެން އޭނާއަށް ނުކުޅެދޭ ހާލަތެއް ވަގުތީ ގޮތުން ނަމަވެސް މެދުވެރިކުރުވާ ކޮންމެ އެއްޗެއް، ނުވަތަ ގޮވާއެއްޗެއް، ނުވަތަ ވިހައާއި ވިހަ ގޭސް ނުވަތަ މީހުން މަރުވެދާ ފަދަ ކެމިކަލް ނުވަތަ ބައިލޮޖިކަލް މާއްދާއެއް ނުވަތަ ނުރައްކާތެރި އެސިޑް ނުވަތަ ރޭޑިއޯ އެކްޓިވް މާއްދާ ހިމެނޭ އެއްޗެއްސަށެވެ. (އިސްލާހު ކުރެވިފައި)
- "ގެ" ކަމަށް ބުނެފައި އެވަނީ މީހަކު ދިރިއުޅުމަށްޓަކައި ބޭނުންކުރާ އިމާރާތެއް ނުވަތަ އުޅަނދަކަށެވެ.
ފަރުވާލެއްނެތި ކުރާ އަމަލަކުން އަނިޔާއެއް ލިބިދާނެކަމުގެ ބިރުދެއްކުން
121 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) މީހަކު ފަރުވާލެއްނެތި ކުރާ އަމަލެއްގެ ސަބަބުން، މީހަކަށް، އޭނާ މަރުވެދާނެކަމުގެ ނުވަތަ އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެކަމުގެ ބިރެއް ކުރިމަތިކުރުވައިފިކަމަށް ވާނަމަ، އެ އަމަލު ކުރާ މީހާ އެކުރަނީ ކުށެކެވެ.
(ށ) އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު، ގަބޫލުކުރާނެ ގޮތް
ގާނޫނާއި ގަވާއިދާއި ހިލާފަށްކުރާ އަންނަނިވި އަމަލުތަކަކީ، އެހެން މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ގޮތަށް ނުވަތަ އޭނާ މަރުވެދާނެ ގޮތަށް، ފަރުވާލެއްނެތި ކުރާ އަމަލެއްކަމުގައި، އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު، ފަނޑިޔާރު ގަބޫލުކުރަންވާނެއެވެ.
- ގޮވާ ތަކެއްޗާއި ފަނާކުރަނިވި މާއްދާއާބެހޭ؛ ނުވަތަ
- މެށިނަރީއާއި އިންޖީނާއި އަދިވެސް އިންޖީނުން މަސައްކަތްކުރާ އެހެނިހެން އެއްޗެއްސާބެހޭ؛ ނުވަތަ
- އިމާރާތް ތެޅުމާއި ވެއްޓުމާބެހޭ؛ ނުވަތަ
- ޖަނަވާރު ގެންގުޅުމާއި، ބެލެހެއްޓުމާބެހޭ؛
- ގަސްގަހާގެހި ކެނޑުމާއި ވައްޓާލުމާބެހޭ؛ ނުވަތަ
- ކަނޑުގައި ދުއްވާ އުޅަނދުފަހަރު އެހެލާ ބޭލުމާބެހޭ.
(ނ) މާނަކުރުން
- "ފަނާކުރަނިވި މާއްދާ" ކަމަށް ބުނެފައި އެވަނީ، ގޮވާ ތަކެއްޗަށާއި، އަލިފާންރޯވެދާފަދަ ތަކެއްޗަށެވެ. އޭގެ ތެރޭގައި ވަކި ވަގުތެއް ޖެހުމުން ގޮވާ ގޮތަށް ހަދާފައި ހުންނަ ތަކެއްޗާއި، ގޮވާނެ ވަކި ގޮތެއް ރޭވިފައި ހުންނަ ތަކެއްޗާއި، ވިހައާއި، ވިހަ ގޭހާއި، މީހުން މަރުވެދާފަދަ ބައެލޮޖިކަލް ނުވަތަ ކެމިކަލް މާއްދާތަކާއި، ރޭޑިއޯއެކްޓިވް މާއްދާތައް ހިމެނޭ ގޮތަށެވެ.
- "ގޮވާ ތަކެތި" ކަމަށް ބުނެފައި އެވަނީ، އާންމު ބޭނުންތަކަށް ބޭނުންކުރުމަށް މަނާކުރެވިފައިވާ ނުވަތަ އެ ބޭނުންކުރުމަށްޓަކައި ސަރުކާރުގެ ހުއްދަ ހޯދަންޖެހޭ އެއްޗެހީގެ ތެރެއިން އޭގެ ޒާތުގައި ގޮވާ ކޮންމެ ވަސީލަތަކަށެވެ.
(ރ) ދަރަޖަކުރުން
- އެ ކުށުގެ އަމަލު ހިންގީ އިންސާނާގެ ފުރާނައަށް އެއްވެސް ފަރުވާލެއް ނެތް ގޮތުގައިކަމުގައި ރަމްޒުކޮށްދޭ ހާލަތެއްގައިކަމުގައި ވާނަމަ، އެ ކުށަކީ، ޖިނާޔަތުގެ
4 ވަނަ ދަރަޖައިގެ ކުށެކެވެ. - އެނޫން ހާލަތްތަކުގައި އެ ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
ބިރުދެއްކުމާއި ދޮގު ހަބަރު ދިނުން
122 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލެއް ކުރާ މީހާ އެކުރަނީ ކުށެކެވެ:
- މީހަކަށް އަނިޔާއެއް ލިބިދާފަދަ ކުށެއް ކޮށްފާނެކަމުގެ ބިރުދެއްކުން؛ ނުވަތަ
- މައުލޫމާތަކީ ކަނޑައެޅިގެން ރަނގަޅުނޫން މައުލޫމާތެއްކަން އެނގިހުރެ، މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިދާފަދަ ހާލަތެއް ކުރިމަތިވެދާނެކަމުގެ ހަބަރު ނުވަތަ އަނިޔާވެރި ކުށެއް ހިންގައިފާނެކަމުގެ ހަބަރު އެހެން މީހަކަށް ދިނުން.
(ށ) ދަރަޖަކުރުން
އެއީ، ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
މާނަކުރުން
123 ވަނަ މާއްދާ - މާނަކުރުން
(ހ) "ހަށިގަނޑަށް ލިބޭ އަނިޔާ" އަށް ދީފައިވަނީ މި ގާނޫނުގެ 17 ވަނަ މާއްދާގެ (7) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ށ) "ފަނާކުރަނިވި މާއްދާ" އަށް ދީފައިވަނީ މި ގާނޫނުގެ 121 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ނ) "ނުރައްކާތެރި ހަތިޔާރު" އަށް ދީފައިވަނީ މި ގާނޫނުގެ 120 ވަނަ މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ރ) "ގޮވާ ތަކެތި" އަށް ދީފައިވަނީ މި ގާނޫނުގެ 121 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ބ) "ގެ" އަށް ދީފައިވަނީ މި ގާނޫނުގެ 120 ވަނަ މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ޅ) "ހަށިގަނޑަށް ލިބޭ ބޮޑެތި އަނިޔާ" އަށް ދީފައިވަނީ މި ގާނޫނުގެ 17 ވަނަ މާއްދާގެ (91) ވަނަ ނަންބަރު ގައި ދީފައިވާ މާނަކުރުމެވެ.
(ކ) "އަނިޔާވެރި ކުށް" އަށް ދީފައިވަނީ މި ގާނޫނުގެ 110 ވަނަ މާއްދާގެ (ބ) ގައި ދީފައިވާ މާނަކުރުމެވެ.
124 ވަނަ މާއްދާ - ކުށް ކަނޑައެޅުން (އިތުރު ކުރެވިފައި)
(ހ) ކުށް ކަނޑައެޅުން
- އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ އެކުރަނީ ކުށް ކަނޑައެޅުން 124
ކުށެކެވެ.- ދީނީ އިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައިވާ މައްސަލައެއްގައި، އޭގެ ތެރެއިން އަހްލުއްސުންނަތި ވަލް ޖަމާއަތުގެ މުއުތަބަރު ރައުޔަކާ ހިލާފުނުވާގޮތަށް މީހަކު ފާޅުކުރި ށުއޫރަކުން، ނުވަތަ ކުރި އަމަލަކުން، އެމީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ އިދިކޮޅު މީހެއްކަމަށް، އާންމު ތަނެއްގައި ތުހުމަތުކުރުން ނުވަތަ ސިފަކުރުން؛ ނުވަތަ
- މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުކުރާހާ ހިނދަކު ނުވަތަ ކުފުރުގެ ބަހެއް ފާޅުނުކުރާހާ ހިނދަކު، ނުވަތަ ފާޅުގައި ދީނުން ބޭރުވެ މުރުތައްދުނުވާހާ ހިނދަކު، އާންމު ތަނެއްގައި، އެމީހަކީ ކާފަރެއްގެ ގޮތުގައި ނުވަތަ މުރުތައްދުވެފައިވާ މީހެއްގެ ގޮތުގައި ތުހުމަތުކުރުން ނުވަތަ ސިފަކުރުން.
- އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ.
- މި އަކުރުގެ (1) ވަނަ ނަންބަރުގައިވާ އަމަލެއް ހިންގުމާއެކު މީހަކަށް އަނިޔާއެއް ދިނުން؛ ނުވަތަ
- މި އަކުރުގެ (1) ވަނަ ނަންބަރުގައިވާ އަމަލެއް ހިންގުމާއެކު މީހަކާ ދެކޮޅަށް އަނިޔާވެރިވުމަށް ގޮވާލުން.
- އަންނަނިވި ހާލަތްތަކުގައި، މީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ގައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ ސިޔާސީ ވިސްނުމަށް، ނުވަތަ ދީނަށް ބަލައި އެމީހަކާމެދު އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް ކުރާ މީހާ އެކުރަނީ ކުށެކެވެ.
- އެމީހަކަށް އަނިޔާއެއް ދިނުން؛ ނުވަތަ
- އެމީހަކަށް އަނިޔާއެއް ދިނުމަށް ގޮވާލުން.
(ށ) އިސްލާމްދީނުގެ ހުކުމްތައް ބަޔާންކުރުން ހުރަހަކަށް ނުވުން
އެކި ކަންކަމާމެދު ކީރިތި ގުރުއާނާއި ސުންނަތުން ސާބިތުވާ އިސްލާމްދީނުގެ ހުކުމްތައް ބަޔާންކުރުމަށް މި މާއްދާ ހުރަހެއްނާޅައެވެ.
(ނ) ދަރަޖަކުރުން
- މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ކުށަކީ، ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
- މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ (i) ގައި ބަޔާންކުރާ ކުށަކީ، ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
- މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ (ii) ގައި ބަޔާންކުރާ ކުށަކީ، ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.
- މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ (i) ގައި ބަޔާންކުރާ ކުށަކީ، ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
- މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ (ii) ގައި ބަޔާންކުރާ ކުށަކީ، ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.
(ރ) މާނަކުރުން
- "އާންމު ތަނެއް" ކަމަށް ބުނެފައި އެވަނީ، އާންމުން ހިނގާބިނގާވާ ތަންތަނާއި، އެތަނަކަށް އާންމުން އައިސް އަދި އެނބުރި ގޮސްއުޅޭ ތަންތަނާއި، އާންމުން މަޑުކޮށްލައިގެން ތިބެވޭގޮތަށް ނުވަތަ އެކި ބޭނުންތަކުގައި އެއްވެ އުޅެވޭ ގޮތަށް ހުންނަ ތަންތަނާއި، ކަނޑައެޅިފައިވާ އަގެއް ދައްކައިގެން ނުވަތަ ދައުވަތެއްދީގެން ނުވަތަ އެނޫންވެސް ގޮތަކުން އާންމުންނަށް ވަދެވޭގޮތަށް ނުވަތަ ބައިވެރިވެވޭގޮތަށް ހުންނަ ތަންތަނާއި، ރޭޑިއޯ، ޓެލެވިޜަން ނުވަތަ އިންޓަރނެޓާއި ޓެކްނޮލޮޖީ މެދުވެރިކޮށް އާންމުކޮށް މައުލޫމާތު ފޯރުކޮށްދޭ ނުވަތަ އާންމުންނަށް ބައިވެރިވެވޭ ފޯރަމްތަކާއި، ހަބަރާއި މައުލޫމާތު އާންމުކުރާ އެހެނިހެން ވަސީލަތްތަކަށެވެ.
- "ކުފުރުގެ އަމަލު" ނުވަތަ "ކުފުރުގެ ބަސް" ކަމަށް ބުނެފައި އެވަނީ، އަހްލުއްސުއްނަތި ވަލް ޖަމާއަތުގެ ދީނީ އިލްމުވެރިންގެ މެދުގައި ވަކި އަމަލަކީ ކުފުރުގެ އަމަލެއްކަމާމެދު ނުވަތަ ވަކި ބަހަކީ ކުފުރުގެ ބަހެއްކަމާމެދު ހިލާފެއް ނެތް އަމަލަށާއި ބަހަށެވެ.
- "މުރުތައްދުވުން" ކަމަށް ބުނެފައި އެވަނީ، އަހްލުއްސުއްނަތި ވަލް ޖަމާއަތުގެ ދީނީ އިލްމުވެރިންގެ މެދުގައި އެ އަމަލަކީ މުރުތައްދުވުމުގެ އަމަލެއްކަމާމެދު ހިލާފެއް ނެތް އަމަލެއް މުސްލިމަކު ކޮށްފިކަމުގައި ކަނޑައެޅުމަށް، އިސްލާމީ ށަރީއަތުގައި އޮންނަ އުސޫލުން ކަމާބެހޭ ށަރުއީ ކޯޓަކުން އެކަން ސާބިތުކޮށް އެގޮތަށް ކަނޑައަޅާ ހާލަތުގައެވެ.
130 ވަނަ ބާބު
ޖިންސީ އަމަލުގެ ކުށް
130 ވަނަ މާއްދާ - ގަދަކަމުން ޒިނޭކުރުން
131 ވަނަ މާއްދާ - ޖިންސީ އަމަލު
132 ވަނަ މާއްދާ - ބޭއަދަބީ ގޮތުގައި އައުރަ ހާމަކުރުން
133 ވަނަ މާއްދާ - ޖިންސީ ބޭނުންހިފުން
134 ވަނަ މާއްދާ - ޖިންސީ އަމަލުގެ ކުށްކުށާ ގުޅޭ އާންމު އުސޫލުތައް
135 ވަނަ މާއްދާ - މާނަކުރުން
ރޭޕްކުރުން (ސުރުހީ އިސްލާހު ކުރެވިފައި)
130 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) ރޭޕްކުރާމީހާ އެކުރަނީ ކުށެކެވެ. (އިސްލާހު ކުރެވިފައި)
(ށ) އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު ގަބޫލުކުރާނެ ގޮތް
މީހަކު އޭނާގެ އަނބިމީހާއާ ޖިމާއުވާ ހާލަތުގައި، އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު، ރުހުން އޮތްކަމުގައި ފަނޑިޔާރު ގަބޫލުކުރަންވާނެއެވެ.
(ނ) މާނަކުރުން
"ރޭޕްކުރުން" ކަމަށް ބުނެފައި އެވަނީ، އެމީހެއްގެ ރުހުމަކާނުލައި، އަންހެނެއްގެ ކުރިމަތިފަރާތަށް ނުވަތަ ފުރަގަސްފަރާތަށް ފިރިހެނެއްގެ ޖިންސީ ގުނަވަން ނުވަތަ އެނޫންވެސް ގުނަވަނެއް ނުވަތަ އެއްޗެއް ކިތަންމެ ކުޑަކޮށް ނަމަވެސް ވެއްދުން ނުވަތަ ފިރިހެނެއްގެ ފުރަގަސްފަރާތަށް ފިރިހެނެއްގެ ޖިންސީ ގުނަވަން ނުވަތަ އެނޫންވެސް ގުނަވަނެއް ނުވަތަ އެއްޗެއް ކިތަންމެ ކުޑަކޮށް ނަމަވެސް ވެއްދުމަށެވެ. އެދުން ފުދުން ލާޒިމެއް ނޫނެވެ. (އިސްލާހު ކުރެވިފައި)
(ރ) ދަރަޖަކުރުން: ގަދަކަމުން ޒިނޭކުރުން (މުޅި (ރ) އިސްލާހު ކުރެވިފައި)
- އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއްގައި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށް ކުރާނަމަ، އެ ކުށަކީ، ޖިނާޔަތުގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ.
- ކުށުގެ އަނިޔާ ލިބުނީ އުމުރުން 14 (ސާދަ) އަހަރު ނުވަތަ އެއަށްވުރެ ހަގު ކުއްޖެއް ކަމުގައިވުން؛ ނުވަތަ
- ބާރުގެ ބޭނުން ކޮށްގެން ނުވަތަ ބާރުގެ ބޭނުންކޮށްފާނެކަމުގެ ބިރު ދައްކައިގެން ޖިމާއުވުމަށް މަޖުބޫރު ކުރުވުން.
- އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއްގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށް ކުރާނަމަ، އެ ކުށަކީ، ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.
- އަނިޔާ ލިބުނު ކުއްޖަކީ އުމުރުން 18 (އަށާރަ) އަހަރުން ދަށުގެ ކުއްޖެއް ކަމުގައިވެފައި، އަނިޔާ ލިބުނު ކުއްޖާގެ އުމުރާ އަޅާ ބަލާއިރު، ދައުވާލިބޭ މީހާގެ އުމުރު 4 (ހަތަރެއް) އަހަރު ނުވަތަ އެއަށްވުރެ ދޮށިވުން؛ ނުވަތަ
- އެ ހިންގި އަމަލުގެ ބާވަތް ދެނެގަންނަން އަނިޔާ ލިބުނު މީހާއަށް ނޭނގޭނެކަން ދައުވާލިބޭ މީހާއަށް އެނގިގެންވުން؛ ނުވަތަ
- ދައުވާލިބޭ މީހާއަކީ އަނިޔާ ލިބުނު މީހާ ބެލެހެއްޓުމުގެ ޒިންމާ އުފުލަންޖެހިފައިވާ މަގާމެއްގައި ހުރި މީހަކަށްވުން.
- އެނޫން ހާލަތްތަކުގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
ޖިންސީ އަމަލު
131 ވަނަ މާއްދާ - ކުށް ކަނޑައެޅުން (މުޅި މާއްދާ އިސްލާހު ކުރެވިފައި)
(ހ) ޖިންސީ އެދުންވެރިކަމެއް އުފެއްދުމުގެ މަފްސަދުގައި ނުވަތަ ޖިންސީ އެދުންވެރިކަމެއް ހާސިލުކުރުމުގެ މަފްސަދުގައި އެހެން މީހެއްގެ ރުހުމަކާ ނުލައި، އޭނާއާމެދު ޖިންސީ އަމަލެއް ހިންގާ މީހާ އެކުރަނީ ކުށެކެވެ.
(ށ) "ޖިންސީ އަމަލު" ކަމަށް ބުނެފައި އެވަނީ:
- އެހެން މީހެއްގެ ކުރިމަތިފަރާތުގައި ނުވަތަ ފުރަގަސްފަރާތުގައި ނުވަތަ ޖިންސީ އެހެންވެސް ގުނަވަނެއްގައި ނުވަތަ ޖިންސީ އަރާމެއް ހޯދައިގަނެވޭ ހިސާބެއް ކަމަށް ބެލެވޭ ތަނެއްގައި އަތްލުން ނުވަތަ އެއްޗެއް މެދުވެރިކޮށް އަތްލުމަށް؛ ނުވަތަ
- އެހެން މީހެއްގެ ކުރިމަތިފަރާތުގައި ނުވަތަ ފުރަގަސްފަރާތުގައި ނުވަތަ ޖިންސީ އެހެންވެސް ގުނަވަނެއްގައި ނުވަތަ ޖިންސީ އަރާމެއް ހޯދައިގަނެވޭ ހިސާބެއް ކަމަށް ބެލެވޭ ތަނެއްގައި އަތްލެއްވުމަށް ނުވަތަ އެއްޗެއް މެދުވެރިކޮށް އަތްލެއްވުމަށް؛ ނުވަތަ
- ކުށުގެ އަނިޔާ ލިބުނު މީހާގެ ހަށިގަނޑުގެ ބަޔަކަށް މަނި ފޯރުވުމަށް.
(ނ)
- އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއްގައި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށް ކުރާނަމަ، އެ ކުށަކީ، ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
- ކުށުގެ އަނިޔާ ލިބުނީ އުމުރުން 14 (ސާދަ) އަހަރު ނުވަތަ އެއަށްވުރެ ހަގު ކުއްޖެއް ކަމުގައިވުން؛ ނުވަތަ
- ބާރުގެ ބޭނުން ކޮށްގެން ނުވަތަ ބާރުގެ ބޭނުންކޮށްފާނެކަމުގެ ބިރު ދައްކައިގެން އެ ކުށްކުރުމަށް މަޖުބޫރު ކުރުވުން.
- އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއްގައި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށް ކުރާނަމަ، އެ ކުށަކީ، ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.
- އަނިޔާ ލިބުނު ކުއްޖަކީ އުމުރުން 18 (އަށާރަ) އަހަރުން ދަށުގެ ކުއްޖެއް ކަމުގައިވެފައި، އަނިޔާ ލިބުނު ކުއްޖާގެ އުމުރާ އަޅާ ބަލާއިރު، ދައުވާލިބޭ މީހާގެ އުމުރު 4 (ހަތަރެއް) އަހަރު ނުވަތަ އެއަށްވުރެ ދޮށިވުން؛ ނުވަތަ
- އެ ހިންގި އަމަލުގެ ބާވަތް ދެނެގަންނަން އަނިޔާ ލިބުނު މީހާއަށް ނޭނގޭނެކަން ދައުވާލިބޭ މީހާއަށް އެނގިގެންވުން؛ ނުވަތަ
- ދައުވާލިބޭ މީހާއަކީ އަނިޔާ ލިބުނު މީހާ ބެލެހެއ ްޓުމުގެ ޒިންމ އުފުލަންޖެހިފައިވާ މަގާމެއްގައި ހުރި މީހަކަށްވުން.
- އެނޫން ހާލަތްތަކުގައި އެ ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުން (ސުރުހީ އިސްލާހު ކުރެވިފައި)
132 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލު ކުރާ މީހާ އެކުރަނީ ކުށެކެވެ:
- އޭނާގެ ޖިންސީގުނަވަން އެހެން މީހުންނަށް ފެންނަ ގޮތަށް ހާމަކުރުން؛
- މި މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި ބުނެފައިވާ އަމަލު ހިންގީ، އެހެން މީހުންނަށް ގަބޫލުކުރަން ދަތި ނުވަތަ ލަދުވެތި ކަމަކަށްވާފަދަ ހާލަތެއްގައި ކަމުގައިވުން؛ ނުވަތަ
- ޖިންސީ އެދުންވެރިކަން އުފެއްދުމުގެ ނިޔަތުގައި ނުވަތަ އެދުންވެރިކަން ހާސިލުކުރުމުގެ ނިޔަތުގައިކަމަށްވުން.
ދަރަޖަކުރުން
(ށ) މިކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
(ނ) "ޖިންސީ ގުނަވަން" ކަމަށް ބުނެފައި އެވަނީ، ކުރިމަތިފަރާތް ނުވަތަ ފުރަގަސްފަރާތް ނުވަތަ އަންހެނާގެ އުރަމައްޗަށެވެ. (އިތުރު ކުރެވިފައި)
ޖިންސީ ބޭނުންހިފުން
133 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ:
- އެހެން މީހަކު ލައްވައި އެ މީހާގެ އައުރަ ހާމަކުރުވުން ނުވަތަ ހަރަކާތް ދެއްކުވުން؛ އަދި
- މި މާއްދާގެ (ހ) ގައިވާ އަމަލު ހިންގީ ޖިންސީ އެދުންވެރިކަން އުފެއްދުމުގެ ނިޔަތުގައި ނުވަތަ އެދުންވެރިކަން ހާސިލުކުރުމުގެ ނިޔަތުގައި ކަމަށްވުން؛
(ށ) ދަރަޖަކުރުން: ފާހިށްގޮތުގައި ޖިންސީ ބޭނުންހިފުން
- އެ އަމަލު ހިންގުނީ 18 އަހަރުން ދަށުގެ ކުޑަކުއްޖެއްގެ މައްޗަށްކަމުގައި ވާނަމަ ނުވަތަ ގާނޫނީ ގޮތުން ތަސައްރުފުނުފުދޭ މީހެއްގެ މައްޗަށްކަމުގައިވާނަމަ، އެއީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
- އެނޫން ހާލަތްތަކުގައި، އެ ކުށަކީ، ޖުނަހްގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ.
ޖިންސީ އަމަލުގެ ކުށްކުށާ ގުޅޭ އާންމު އުސޫލުތައް
134 ވަނަ މާއްދާ - ކާވެންޏެއް ކުރުމަށް ނޫން ގޮތުގައި ކުޑަކުއްޖާ ދޭ ރުހުން ބާތިލު އެއްޗަކަށްވުން
(ހ) ޒިނޭކުރުމަށް ނުވަތަ ޖިންސީ އަމަލެއް ހިންގުމަށް ކުޑަކުއްޖަކު ދޭ ރުހުމަކީ ނުވަތަ އެ ކަމަށް އެއްޗެއް ނުބުނެ ހުންނަ ހުރުމަކީ އޭގެ ޒާތުގައި ބާތިލު ރުހުމެކެވެ. ނަމަވެސް، އުމުރުން 18 އަހަރުނުވާ ކުއްޖަކު، ދައުވާ ރައްދުވާ މީހާއާ އެކު ގާނޫނީ ގޮތުން ސައްހަ ކާވެންޏެއް ކޮށްގެން ހުންނަ ހާލަތު މި އުސޫލުން އިސްތިސްނާވެގެން ވެއެވެ.
(ށ) އުމުރާ ގުޅޭ ގޮތުން ނިޔަތް އޮތުން
މި ގާނޫނުގައި އެހެން ގޮތަކަށް ކަނޑައެޅިގެން ބަޔާންކޮށްފައި ނުވާހާހިނދަކު، މި ގާނޫނުގައި ކުށެއް މާނަކުރުމުގައި އެ ކުށުގެ އަނިޔާ ލިބޭފަރާތަކީ 18 އަހަރުން ދަށުގެ ކުއްޖެއްކަމުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ދައުވާ ރައްދުވާ މީހާގެ މައްޗަށް ކުށް ސާބިތުކުރުމުގައި، އެކުއްޖާގެ އުމުރު ދެނެގަތުމުގައި، އޭނާ އިހުމާލުވެފައިވާކަން ސާބިތުކުރުމުން ފުދޭނެއެވެ.
(ނ) ސިއްހީ ފަރުވާއަށްޓަކައި އިސްތިސްނާކުރެވޭ ހާލަތްތައް
އަންނަނިވި ކަންކަމަށްޓަކައި ނުވަތަ އަންނަނިވި ގޮތުގެމަތިން، ސިއްހީގޮތުން ކުރަންޖެހޭ ކަމެއްކަމަށް ބެލެވޭކަމެއް ކުރުމަށްޓަކައި، ނުވަތަ ސިއްހީގޮތުން ބަލަންޖެހޭ ބެލުމަށްޓަކައި، ޑޮކްޓަރަކު ނުވަތަ ހުއްދަކުރެވިފައިވާ ސިއްހީ މަސައްކަތްތެރިއަކު ނުވަތަ ބެލެނިވެރިއަކު ނުވަތަ ދޮންމަންމައަކު ނުވަތަ ދޮންބައްޕައަކު ނުވަތަ ގާނޫނީގޮތުން ބަލަދުވެރިއަކު، އަންނަނިވި ކަންކަން ކުރުމަކީ، މި ބާބުގައި ބަޔާންކޮށްފައިވާ ކުށެއް ކުރީކަމުގައެއް ނުބެލެވޭނެއެވެ:
- ސިއްހީ ފަރުވާއެއް ދިނުމަށްޓަކައި ހިންގާ އަމަލަކަށްވުން؛
- އެ އަމަލު ހިންގަނީ ގަބޫލުކުރެވޭ ސިއްހީ މިންގަނޑުތަކާ އެއްގޮތަށްކަމުގައިވުން؛ އަދި
- އެކަން ކުރުމަށްޓަކައި ސިއްހީ ރޮނގުން ބޭނުންވާ ތަމްރީނާއި ތަޖުރިބާ އެކަން ކުރާމީހާގެ ކިބައިގައި ހުރުން.
- އަދަބު ކަނޑައެޅުމުގައި ބަލަން ޖެހޭ ނުކުތާ (ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ކުށެއް ކުރުމުގައި، އެ ކުށްކުރާ މީހާ އޭނާގެ އަމަލުތަކުގެ ޒާތާގުޅޭ ގޮތުން ނުވަތަ އޭނާގެ ށަހްސާގުޅޭ ގޮތުން އޮޅުވާލުމެއް އޮޅުވާލާފައިވާނަމަ އަދި އެގޮތަށް އޮޅުވާލީ އެ ކުށްކުރުމުގެ މަގްސަދުގައިކަމަށްވާނަމަ، އޭނާއަށް ދެވޭ އަދަބު އެކަމަށް ކަނޑައެޅިފައިވާ އަދަބުގެ އެންމެ އަސާސީ މިންގަނޑަށްވުރެ އެއް ދަރަޖަ މަތިވެގެންވެއެވެ.
މާނަކުރުން
135 ވަނަ މާއްދާ - މާނަކުރުން
(ހ) "ރުހުން" އަށް ދީފައިވަނީ މި ގާނޫނުގެ 27 ވަނަ މާއްދާގައި މާނަކޮށްފައިވާ ގޮތަށެވެ.
(ށ) "ގާނޫނީ ބަލަދުވެރިޔާ" އަށް ދީފައިވަނީ މި ގާނޫނުގެ 44 ވަނަ މާއްދާގެ (ބ) ގައި ދީފައިވާ މާނަކުރުމެވެ.
(ނ) "ޖިންސީ އަމަލު" އަށް ދީފައިވަނީ މި ގާނޫނުގެ 131 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
(ރ) "ޒިނޭކުރުން" އަށް ދީފައިވަނީ މި ގާނޫނުގެ 411 ވަނަ މާއްދާގެ (ޅ) ގައި ދީފައިވާ މާނަކުރުމެވެ.
140 ވަނަ ބާބު
މިނިވަންކަން ނިގުޅައިގަނެވޭ ގޮތަށް މީހުން ހިފެހެއްޓުމާއި ކަންކަން މަޖުބޫރުކުރުމުގެ ކުށް
140 ވަނަ މާއްދާ - ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުން
141 ވަނަ މާއްދާ - ޖިނާއީ މަޖުބޫރުކުރުވުން
142 ވަނަ މާއްދާ - މާނަކުރުން
ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުން
140 ވަނަ މާއްދާ - ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުން
(ހ) ކުށް ކަނޑައެޅުން
ރުހުމެއްނެތި އެކަށީގެންވާ މުއްދަތަކަށް މީހަކު ހިފަހައްޓާ މީހާ އެކުރަނީ ކުށެކެވެ:
(ށ) މާނަކުރުން
- "ހިފެހެއްޓުން" ކަމަށް ބުނެފައި އެވަނީ، ހިނގާބިނގާވެ އުޅުމުގެ މިނިވަންކަމަށް ހުރަސްއެޅުމަށާއި، ވަކި ތަނެއްގައި އެ ތަނުން ބޭރަށް ނުދެވޭ ގޮތަށް މީހަކު ހިފެހެއްޓުމަށެވެ.
- "ހިނގާބިނގާވެ އުޅުމުގެ މިނިވަންކަން" ކަމަށް ބުނެފައި އެވަނީ އެއް ތަނުން އަނެއް ތަނަށް ދަތުރުކޮށް، ހިނގާބިނގާވެ އުޅުމަށް، އާންމު އުސޫލުން، މީހުން ބޭނުންކުރަމުންދާ ފުރުސަތަށެވެ.
(ނ) ދަރަޖަކުރުން
- މީހަކު ލައްވައި އެ މީހާގެ އިހްތިޔާރުން ބޭރުގައި، ގަދަކަމުން މަސައްކަތެއް ކުރުވުމުގެ މަގްސަދުގައި، މީހަކު ހިފަހައްޓައިފިކަމުގައި ވާނަމަ، އެ ކުށަކީ، ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.
- ކަނޑައެޅިގެން އެނގިހުރެ، އެއް ދުވަހަށް ވުރެ ދިގު މުއްދަތަކަށް މީހަކު ހިފަހައްޓައިފި ކަމުގައިވާނަމަ، އެ ކުށަކީ، ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
- އެނޫން ހާލަތްތަކުގައި، އެ ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
-
ބެލެނިވެރިންނަށާއި ބަލަދުވެރިންނަށް ލުއި އުސޫލެއް އޮތުން
އަންނަނިވި ފަދައިން އެކަށީގެންވާ ގޮތުގައި ދައުވާ ރައްދުވާ ފަރާތަށް ގަބޫލުކުރެވިގެން، އެ ހާލަތުގައި، އެ ކުށުގެ އަމަލު ކުރާނަމަ، އެ ކުށަކީ، ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.- އޭނާއަކީ ހިފެހެއްޓޭ މީހާގެ ބެލެނިވެރިއެއްކަން ނުވަތަ ބަލަދުވެރިއެއްކަން އޭނާއަށް ގަބޫލުކުރެވިގެންވުން؛ އަދި
- ހިފެހެއްޓުނު މީހާއަކީ ސައްހަ ގޮތެއްގައި އެ ކަމަށް ރުހުން ދެވޭ ވަރުގެ މީހެއްކަމުގައި ނުވުން.
ޖިނާއީ މަޖުބޫރުކުރުވުން

ކަންކަން ކުރުމަށް މީހަކަށް ލިބިދޭ މިނިވަންކަން، އޭނާއަށް ގެއްލުން ހުރި ގޮތެއްގައި ގާނޫނާ ހިލާފަށް ހުއްޓުވާލުމުގެ މަގްސަދުގައި، އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކޮށްފާނެކަމުގެ ބިރު ދައްކާ މީހާ އެކުރަނީ ކުށެކެވެ.
- ޖިނާއީ ކުށެއް ކޮށްފާނެކަމުގެ ބިރު؛ ނުވަތަ
- ޖިނާއީ ކުށެއް ކޮށްފިކަމުގެ އިލްޒާމު އަޅުވަފާނެކަމުގެ ބިރު؛ ނުވަތަ
- މީހުންގެ ނަފުރަތު އަމާޒުކުރުވުމަށް، ނުވަތަ މީހުންގެ ކުރިމަތީގައި އޭނާގެ ގަދަރާއި އަބުރަށް އުނިކަން ގެނައުމަށް، ނުވަތަ އޭނާއާ މެދު ގަދަރުކުޑަވާނެގޮތް ހެދުމަށް، ނުވަތަ އޭނާގެ، ނުވަތަ އޭނާގެ ވިޔަފާރި މީހުންގެ ތެރޭގައި ކުޑަކުރުމަށް، ސިއްރެއްކަމުގައި ބެލެވޭ ކަމެއް ހާމަކޮށްފާނެކަމުގެ ބިރު؛
- ދައުލަތުގެ މުވައްޒަފެއްގެ ގޮތުން ވަކިކަމެއް ކުރުން ނުވަތަ ނުކުރުން؛ ނުވަތަ ދައުލަތުގެ މުވައްޒަފަކު ލައްވައި ވަކި ކަމެއް ކުރުވުން ނުވަތަ ނުކުރުވަފާނެކަމުގެ ބިރު.
(ށ) އިސްތިސްނާ
އަންނަނިވި ހާލަތްތަކުގައި މީހަކުކުރާ އަމަލަކީ މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު، ނުވަތަ (ހ) ގެ (3) ވަނަ ނަންބަރު، ނުވަތަ (ހ) ގެ (4) ވަނަ ނަންބަރުގެ ދަށުން ކުށަކަށް ނުވާނެއެވެ:
- އޭނާ ގަބޫލުކުރާގޮތުގައި:
- މީހަކާ މެދު ކުރެވޭ ތުހުމަތަކީ ނުވަތަ މީހަކާ ބެހޭގޮތުން އެނގޭ ސިއްރަކީ ތެދެއް ކަމުގައިވުން؛ ނުވަތަ
- ދައުލަތުގެ މުވައްޒަފަކު އެ ކުރާ ކަމަކީ އެކަމުގެ ޒާތުގައި، ކުރެވިދާނެ ކަމެއް ކަމުގައިވުން؛ އަދި
- ތުހުމަތަކާ ނުވަތަ ހާމަކުރެވޭ ސިއްރަކާ ނުވަތަ ދައުލަތުގެ މުވައްޒަފަކު އެޅުމަށް ހުށަހަޅާ ފިޔަވަޅާ ގުޅިގެން އޭނާ އަޅާ ފިޔަވަޅުގެ މަގްސަދަކީ އެހާލަތާ ގުޅިގެން އެކަށީގެންވާ ގޮތަކަށް އެމީހަކު އުޅުމަށް މަޖްބޫރުކުރުމުގެ ގޮތުން އެކަނި ކުރާ ކަމަކަށްވުން.
(ނ) ދަރަޖަކުރުން: ޖިނާއީ މަޖުބޫރުކުރުވުމެއްގެ ދަރަޖަ
- އަންނަނިވި ހާލަތްތަކުގައި، އެ ކުށަކީ، ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.
- ކުރަން މަޖުބޫރުކުރުވާ ކަމަކީ، އެކަން ކޮށްފިނަމަ، ޖިނާޔަތުގެ ކުށެއް ކުރީ ކަމުގައި ބެލެވޭ އަމަލެއް ކުރުންކަމުގައިވުން.
- ގެއްލުމެއް ވެދާނެކަމުގެ ބިރުދައްކާ، އެގޮތުން އެ ގެއްލުން ދީފިނަމަ، ޖިނާޔަތުގެ ކުށެއް ކުރީކަމުގައި ބެލެވޭ އަމަލެއް ކުރުން ކަމުގައިވުން.
-
ޖިނާއީ މަޖުބޫރުކުރުވުން
އެނޫން ހާލަތްތަކުގައި، އެ ކުށަކީ، ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
މާނަކުރުން
142 ވަނަ މާއްދާ - މާނަކުރުން
(ހ) "ހިނގާބިނގާވެ އުޅުމުގެ މިނިވަންކަން" އަށް ދީފައިވަނީ މި ގާނޫނުގެ 140 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ށ) "ގާނޫނީ ބަލަދުވެރިޔާ" އަށް ދީފައިވަނީ މި ގާނޫނުގެ 44 ވަނަ މާއްދާގެ (ބ) ގައި ދީފައިވާ މާނަކުރުމެވެ.
(ނ) "ދައުލަތުގެ މުވައްޒަފު" އަށް ދީފައިވަނީ މި ގާނޫނުގެ 533 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
(ރ) "ހިފެހެއްޓުން" އަށް ދީފައިވަނީ މި ގާނޫނުގެ 140 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
މުދަލުގެ ކުށާއި ޒާތުގެ ކުށް
210 ވަނަ ބާބު
ވައްކަމުގެ ކުށް
210 ވަނަ މާއްދާ - ވައްކަން، ޓެކުން، މަކަރާއި ހީލަތް، ހިޔާނާތް އަދި ފޭރުން
211 ވަނަ މާއްދާ - ވައްކަންކުރުން
212 ވަނަ މާއްދާ - މަކަރާއި ހީލަތުން ނުވަތަ ޓެކުމުން އެހެން މީހެއްގެ މުދަލެއް ނިގުޅައިގަތުން
213 ވަނަ މާއްދާ - ފޭރުން
214 ވަނަ މާއްދާ - ހުއްދަނޫން ގޮތުގައި ހިދުމަތުން ބޭނުންކުރުން ނުވަތަ މަންފާ ހޯދުން
215 ވަނަ މާއްދާ - ހިޔާނާތުގެ ކުށް
216 ވަނަ މާއްދާ - ގެއްލިފައިވާ މުދަލުން ނުވަތަ ބަހައްޓަންވީ ތަން ނޫން ތަނުގައި ބެހެއްޓިފައިވާ މުދަލުން ނުވަތަ އޮޅިގެން ރައްދުކުރެވޭ މުދަލުން ވައްކަންކުރުން
217 ވަނަ މާއްދާ - މުދަލަކުން ހުއްދަނޫން ބޭނުންކުރުން
218 ވަނަ މާއްދާ - ވައްކަންކޮށްގެން ހޯދާފައިވާ މުދާ ބަލައިގަތުން
219 ވަނަ މާއްދާ - މާނަކުރުން
ވައްކަން، ޓެކުން، މަކަރާއި ހީލަތް، ހިޔާނާތް އަދި ފޭރުން
210 ވަނަ މާއްދާ - 211 ވަނަ މާއްދާއިން 216 ވަނަ މާއްދާއަށް ބަޔާންކޮށްފައިވާ އަމަލުތަކަކީ ވައްކަމުގެ އެއް ކުށް ކަމަށްވުން
(ހ) މި ބާބުގެ ދަށުން ކުރާ ދައުވާއެއްގައި، މި ގާނޫނުގެ 211 ވަނަ މާއްދާއިން ފެށިގެން 216 ވަނަ މާއްދާގެ ނިޔަލަށް ބަޔާންކޮށްފައިވާ ކުށްތައް ސާބިތުކުރުމުގެ ގޮތުން ހެކި ހުށަހެޅިދާނެއެވެ.
(ށ) ދަރަޖަކުރުން
މި ގާނޫނުގެ 211 ވަނަ މާއްދާއިން 216 ވަނަ މާއްދާގެ ނިޔަލަށް ބަޔާންކޮށްފައިވާ ކުށުގެ އަމަލު ދަރަޖަކުރެވެނީ، އަންނަނިވި ގޮތުގެމަތިންނެވެ:
- މުދަލުގެ އަގު 500،0000 ރުފިޔާއަށް ވުރެ މަތިވާނަމަ، އެކުށަކީ، ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.
- މުދަލުގެ އަގު 50،000 ރުފިޔާއަށްވުރެ މަތިވާނަމަ، ނުވަތަ ވަގަށްނެގި މުދަލަކީ، ހަތިޔާރެއް ނުވަތަ އިންޖީނުލީ ދުއްވާއެއްޗެއް ނުވަތަ އިންޖީނުލީ ދޯންޏެއް ނުވަތަ އެނޫންވެސްއިންޖީނު އެޅި އުޅަނދެއްކަމުގައިވާނަމަ، އެ ކުށަކީ، ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
- 5،000 ރުފިޔާއަށް ވުރެ މުދަލުގެ އަގު މަތިވާނަމަ، އެ ކުށަކީ، ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.
- 500 ރުފިޔާއަށް ވުރެ މުދަލުގެ އަގު މަތިވާނަމަ، އެ ކުށަކީ، ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.

(ނ) ހައްގުއޮތުން
އަންނަނިވި ހާލަތްތަކުގައި، އަންނަނިވިގޮތަށް، ދައުވާ ރައްދުވާ މީހާ، ގަބޫލުކުރާކަމަށްވާނަމަ، އޭނާ، މި ބާބުގައި ބަޔާންކޮށްފައިވާފަދަ ކުށެއް ކުރީކަމުގައެއް ނުބެލެވޭނެއެވެ:
- އޭނާގެ އަތުގައި އެ މުދާ ބެހެއްޓުމަށް ނުވަތަ އޭނާ އެ މުދަލުގެ ބޭނުންކުރުމަށް، އަނެކާ ރުހޭނެކަމަށް އެކަށީގެންވާ ގޮތުގައި ގަބޫލުކުރެވިދާނެފަދަ ހާލަތްތަކެއް ހުރުން؛ ނުވަތަ
- އޭނާ އެ މުދާ ބޭނުންކުރުމަށް ނުވަތަ އެ މުދާ އޭނާގެ އަތުގައި ބެހެއްޓުމަށް އޭނާއަށް ހައްގެއް އޮތްކަމުގައި، އެކަށީގެންވާ ގޮތުގައި، ގަބޫލުކުރެވިދާނެފަދަ ހާލަތްތަކެއް ހުރުން.
(ރ) މާނަކުރުން
"އަގު" ކަމަށް ބުނެފައި އެވަނީ، ދައުވާ ރައްދުވާ ފަރާތަށް އެނގޭ ގޮތުގައި ނުވަތަ ކުށްކުރިއިރު އޭނާއަށް އެނގެން ޖެހޭނެ ގޮތުގައި އެ މުދަލަށް އަދުގެ ބާޒާރުން ލިބޭނެ އެންމެ މަތީ އަގަށެވެ.
ވައްކަންކުރުން
211 ވަނަ މާއްދާ - ކުށް ކަނޑައެޅުން
އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ، އެކުރަނީ ކުށެކެވެ:
- އެހެން މީހެއްގެ މުދަލެއް އެމީހަކަށް ނޭނގި ސިއްރުން ނެގުން ނުވަތަ އެހެން މީހެއްގެ މުދަލުގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ތިމާގެ އަމިއްލަ ބާރުހިންގުން؛
- އެކަން އެކުރަނީ އަނެކާއަށް އޮތް އަތުގެވެރިކަމުން، އެ މުދާ ދާއިމަށް ނިގުޅައިގަތުމުގެ މަގްސަދުގައި ކަމުގައިވުން.
(ށ) މާނަކުރުން
"އަނެކާގެ މުދާ" ކަމަށް ބުނެފައި އެވަނީ، ކުށުގެ އަމަލު ހިންގި މީހާއަށް ވުރެ، އެ މުދާ އެ ވަގުތު އެ މީހެއްގެ އަތުގައި ހުރި މީހާއަށް، އެ މުދަލާ ގުޅޭ ގޮތުން، ވަގުތީ، ނުވަތަ ދާއިމީ، ނުވަތަ ގައިރުގާނޫނީ ނަމަވެސް މަތީ ނުވަތަ ބޮޑު ހައްގެއް އެ ވަގުތު ލިބިފައިވާ މުދަލަށެވެ. ސަރުކާރު، ނުވަތަ ކުންފުނި ފަދަ ގާނޫނީ ށަހްސަކަށްވެސް މުދަލަކާ ގުޅިގެން އެފަދަ ހައްގެއް އޮވެދާނެއެވެ.
މަކަރާއި ހީލަތުން ނުވަތަ ޓެކުމުން އެހެން މީހެއްގެ މުދަލެއް ނިގުޅައިގަތުން
212 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލު ކުރާ މީހާ، އެކުރަނީ ކުށެކެވެ:
- އެނގިހުރެ އަނެކާގެ މުދާ އޭނާގެ ކިބައިން ނިގުޅައިގަތުން؛ އަދި
- މަކަރާއި ހީލަތުން އެކަން ކުރުން؛ ނުވަތަ
- ޓެކުމަކުން އެކަން ކުރުން.
(ށ) މާނަކުރުން
- "ޓެކުން" ކަމަށް ބުނެފައި އެވަނީ، އަނެކާއަށް އެކަމުގެ މަންފާއެއް އޮތްކަން ދައްކައިގެން ފައިދާއެއް ނުވަތަ ހިދުމަތެއް ކޮށްދޭން ބުނެ ނުވަތަ އެފަދަ ކަމެއް ވެވިދާނެކަން، ކަމަކުން ނުވަތަ ސިފައަކުން ދައްކައިގެން، ފައިސާ ނުވަތަ ތަކެތި އަތުލައި، އެކަމެއް އެބުނި ގޮތަށް ކޮށްނުދީ އެފައިސާ ނުވަތަ ތަކެތި ބޭނުންކުރުމެވެ.
- "މަކަރާއި ހީލަތް" ކަމަށް ބުނެފައި އެވަނީ ޓެކުމަށް ނުހިމެނޭ ގޮތުން ތިމާއަށް ފައިދާއެއް ހޯދުމަށްޓަކައި އަނެކަކަށް ގެއްލުމެއް ލިބޭ ގޮތަށް ކުރާ އަންނަނިވި ކަންކަމަށެވެ:
- ގާނޫނާ ގުޅޭ ގޮތުން ނުވަތަ މުދަލުގެ އަގާ ގުޅޭގޮތުން ނުވަތަ ސިކުނޑީގެ ހާލަތާ ގުޅޭ ގޮތުން ތެދު ނޫން ތަސައްވުރެއް އުފެއްދުން ނުވަތަ އެފަދަ ތަސައްވުރަކީ، ތެދު ތަސައްވުރެއްކަމުގައި ބަޔާންކުރުން؛ ނުވަތަ
- މުދަލަކާ ގުޅޭ ގޮތުން ހިންގޭ މުއާމަލާތެއްގައި ވަކި މައުލޫމާތެއް ލިބިއްޖެނަމަ، އެ މުއާމަލާތެއްގެ ނަތީޖާ އޭނާ ބަދަލުކޮށްފާނެކަމަށް ހީކުރެވޭ މައުލޫމާތެއް އޭނާއަށް ލިބުނަނުދީ ހިފެހެއްޓުން؛ ނުވަތަ
- އޭނާ ކުރިން އުފައްދައިފައިވާ، ނުވަތަ ތެދުކަމަށް ބަޔާންކޮށްދީފައިވާ ތަސައްވުރެއް ފަހުން ރަނގަޅުނުކުރުން؛ ނުވަތަ
- އެ މުދަލުގެ މައްޗަށް ރަހުނެއް އޮތްކަން، ނުވަތަ އެ މުދާ އޭނާގެއަތުން ބީވެގެންހިނގައިދާނެ ދައުވާއެއް އޮތްކަން، ނުވަތަ މިނިވަންކަމާއެކު، އޭނާގެ އަތުގައި އެމުދާ ބެހެއްޓުމަށް އޮތް ހުރަހެއް (ގާނޫނީ ހުރަހަކީ، އެއާ މެދު ސުވާލު އުފެދޭ ހުރަހެއްކަމުގައިވީނަމަވެސް އެފަދަ ހުރަހެއް) އޮތްކަން ހާމަނުކުރުން؛ ނުވަތަ
- ޗެކެއްގައި ލިޔެފައިވާ އަދަދަށް ނުވަތަ ފައިސާގެ ގޮތުގައި ބަދަލުކުރެވޭ އެނޫންވެސް މާލީ ލިޔުމެއްގައި ލިޔެފައިވާ އަދަދަށް، އެ ލިޔުން ދޫކުރެވޭ ފަރާތުން، އެއަށް ފައިސާ ދެއްކުމަށް އެއްބަސްނުވާނެކަން އެނގިހުރެ، އެފަދަ ޗެކެއް ނުވަތަ ލިޔުމެއް ދޫކުރުން.
- "މާލީ ލިޔުމެއް" ކަމުގައި ބުނެފައި އެވަނީ ގާނޫނީ ގޮތުން ތަންފީޒުކުރެވޭނެ އަންނަނިވި ހައްގުތަކުގެ ތެރެއިން ހައްގެއް ރަމްޒުކޮށްދޭ ކޮންމެ ލިޔުމަކަށެވެ:
- މުދަލަކަށް، ނުވަތަ ހިދުމަތަކަށް، ނުވަތަ އެއްޗަކަށް، ނުވަތަ ކުންފުންޏަކަށް އޮތް މިލްކުވެރިކަމުގެ ހައްގެއް؛ ނުވަތަ
- ފައިސާ ވަކި ދުވަހަކަށް ދައްކާނެކަމުގެ ޔަގީންކަންދޭ ލިޔުން؛ ނުވަތަ
- މުދަލެއް ވަކި ދުވަހަކަށް ހަވާލުކުރާނެކަމުގެ ޔަގީންކަންދޭ ލިޔުން؛ ނުވަތަ
- އެއްބަސްވުމަކުން އުފައްދައިދޭ ހައްގެއް.
(ނ) އިސްތިސްނާ
މީހަކު މަކަރާއި ހީލަތެއް ހެދީ އަންނަނިވި ކަންކަމާގުޅޭ ގޮތުންކަމަށްވާނަމަ އޭނާ އެކުރަނީ ކުށެއް ނޫނެވެ:
- މާލީ ގޮތުން އޭގެ އެއްވެސް އަހަންމިއްޔަތެއްނެތް ކަމަކާގުޅޭ ގޮތުން ކަމުގައިވުން؛ ނުވަތަ
- ބުނާ އެއްޗެއްގެ ސަބަބުން އާންމު ވިސްނުމުގެ އަހުލުވެރިންނަށް އޮޅުމެއް ނާރާނެފަދަ އެއްޗެއް ބުނުން.
(ރ) މަކަރާއި ހީލަތްކަމަށް ގަބޫލު ނުކުރެވޭ ހާލަތް
ކުރިން ވައުދުވެފައިވާ ކަމެއް، އެ ވައުދާ އެއްގޮތަށް ދައުވާ ރައްދުވާ ފަރާތުން ފުރިހަމަނުކުރުން އެއީ އޭގެ ޒާތުގައި، މަކަރާއި ހީލަތެއްކަމުގައި ފަނޑިޔާރު ގަބޫލުކޮށްގެން ނުވާނެއެވެ.
(ބ) އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު ގަބޫލުކުރާނެ ގޮތް
އަންނަނިވި ހާލަތްތަކުގައި މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މަކަރާއި ހީލަތެއް އޮތްކަމުގައި، އެހެންގޮތަކަށް ސާބިތުނުކުރެވޭހާހިނދަކު، ފަނޑިޔާރު ގަބޫލުކުރަންވާނެއެވެ:
- މީހަކު ޗެކަކުން ފައިސާ ދިނުމުގައި:
- އެޗެކުގައިވާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ ފައިސާ ހޯދުމަށް އެދި ޗެކު ދޫކުރެވިފައިވާ ބޭންކަށް ހުށަހެޅުމުން، އެ ޗެކުގައިވާ މިންވަރަށް އެކައުންޓުގައި ފައިސާ ނެތްކަމަށް ބުނެ އެ ފައިސާ ދެވެން ނެތްކަމަށް އެ ބޭންކުން އެންގުމުން، އެގޮތަށް އަންގައިފިކަން ދައުވާ ރައްދުވާ ފަރާތަށް އެނގޭތާ 7 ދުވަހުގެ ތެރޭގައި، އެ ފައިސާ ފުރިހަމައަށް އަދާކޮށް ނުނިންމުން؛ ނުވަތަ
- އެ ޗެކު ދައުވާ ރައްދުވާ ފަރާތުން ދޫކުރިއިރު، އެ ޗެކު ދޫކުރެވިފައިވާ ބޭންކުގައި ދައުވާ ރައްދުވާ މީހާގެ އެކައުންޓެއް ނެތުން؛ ނުވަތަ
- ކްރެޑިޓް ކާޑުން ނުވަތަ ޑެބިޓް ކާޑަކުން ފައިސާދެއްކުމުގައި:
- އެ ކާޑަކީ ވަގަށްނަގާފައިވާ އެއްޗެއްކަން ދައުވާ ރައްދުވާ މީހާއަށް އެނގިފައި އޮތުން؛ ނުވަތ
- އެ ކާޑު ވަނީ، އެ ކާޑު ދޫކުރި ފަރާތުން ބާތިލުކޮށްފައި ނުވަތަ ކެންސަލްކޮށްފައިކަން، ދައުވާ ރައްދުވާ މީހާއަށް އެނގިފައިއޮތުން؛ ނުވަތަ
- އެނޫންވެސް ސަބަބަކާހުރެ ދައުވާ ރައްދުވާ މީހާ އެ ކާޑު ބޭނުންކުރުން އޮތީ، އެ ކާޑު ދޫކުރި ފަރާތުން ނުވަތަ އެ ކާޑުގެ ވެރިފަރާތުން މަނާކޮށްފައިކަން، ދައުވާ ރައްދުވާ މީހާއަށް އެނގިފައި އޮތުން؛ ނުވަތަ
- މީހެއްގެ މުދާ ކުއްޔަށް ދޫކުރުމުގައި ނުވަތަ ކުއްޔަށް ހިފުމުގައި:
- ކުލީގެ އެއްބަސްވުމުގެ މުއްދަތު ހަމަވާތާ 10 ދުވަހުގެ ތެރޭގައި، އެ މުދަލުގެ ވެރިފަރާތަށް ނުވަތަ މުދަލުގެ ވެރިފަރާތުން އެ ކަމަށް ކަނޑައަޅާފައިވާ މީހާއަށް، އެ މުދާ ރައްދުނުކުރުން؛ ނުވަތަ
- އެ މުދަލުގެ ވެރިފަރާތާއެކު ކުލީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަގްސަދުގައި، އޭނާގެ ށަހްސާ ގުޅޭގޮތުން ދޮގު މައުލޫމާތު ދިނުން، ނުވަތަ އޭނާގެ ނަމާއި ނުވަތަ އެޑްރެހާއި ނުވަތަ އޭނާ ވަޒީފާއަދާކުރާ ތަނާއި ނުވަތަ އެއްބަސްވުމުގައި އޭނާ ސޮއިކުރުމާ ގުޅޭގޮތުން ދިން މައުލޫމާތަކީ، ތެދު މައުލޫމާތެއްކަމުގައި ނުވުން.
- މުދާ އަނބުރާ ހަވާލުކުރުމަށް އެންގުމުގެ ވާޖިބު
މި މާއްދާގެ މި އަކުރުގައި ބަޔާންކޮށްފައިވާ އެއްވެސް ކަމެއްގެ ސަބަބުން މީހެއްގެ މިލްކުވެރިކަމުގައިވާ މުދާ އަނބުރާ އޭނާއާ ހަވާލުކުރުމަށް އެންގުމަށް، އޭނާއަށް އޮތް ހައްގަކުން އޭނާ ބަރީއައެއް ނުވެއެވެ. އެފަދަ އެންގުމެއް ލިޔުމުން އަންގާ އިރުގައި، ކުލީގެ އެއްބަސްވުމުގައި ސޮއިކުރިއިރު ދައުވާ ރައްދުވާ މީހާ، ދީފައިވާ އެޑްރެހަށް އެފަދަ ލިޔުމެއް ޕޯސްޓުން ފޮނުވުމަކީ، ސައްހަ ގޮތުގައި އެންގި އެންގުމެއްކަމުގައި ބެލެވޭނެއެވެ.
(ޅ) ދަރަޖަކުރުން
މި ގާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ (5) ވަނަ ނަންބަރުގައި އެހެން އޮތްކަމުގައި ވީނަމަވެސް، މި މާއްދާގައި ކުށެއްކަމުގައި ކަނޑައަޅާފައިވާ އަމަލެއް މީހަކު ކުރަނީ، ޗެކެއްގެ ނުވަތަ ކްރެޑިޓް ކާޑެއްގެ ނުވަތަ ޑެބިޓް ކާޑެއްގެ ނުވަތަ މަނީ އޯޑަރެއްގެ ނުވަތަ އެނޫންވެސް މާލީ ލިޔުމެއްގެ ބޭނުން މަކަރުވެރި ގޮތުގައި ހިފައިގެންކަމަށްވާނަމަ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށަކަށް ވުރެ އެ ކުށް ކުޑައެއް ނުވާނެވެ.
ފޭރުން
213 ވަނަ މާއްދާ - ކުށް ކަނޑައެޅުން

- އަނެކާގެ މުދާ ގަސްދުގައި އަތުލުން.
- ބޮޑު ގެއްލުމެއް އެ މީހާއަށް ދީފާނެކަމުގެ ބިރުދައްކައިގެން، އެކަން ކުރުން.
(ށ) އިސްތިސްނާ ހާލަތް
މީހަކު މުދަލެއް ހޯދީ އަންނަނިވި ސަބަބުތަކުގެ ތެރެއިން ސަބަބަކަށްޓަކައި، އަނބުރާ ހޯދަން ޖެހިފައިވާ މުދާކަމުގައި ނުވަތަ ގެއްލުމުގެ ބަދަލުގައި ހޯދި މުދާ ކަމަށް، އިހްލާސްތެރިކަމާއެކު ދެކެގެންކަމުގައިވާނަމަ، އޭނާ ކުރި އަމަލަކީ، ކުށެއް ނޫނެވެ:
- އެ މުދާ ހޯދި ހާލަތާ ސީދާ ގުޅުން ހުރި ގޮތުގައި، އޭނާއަށް ލިބިފައިވާ ގެއްލުމަކަށްޓަކައި ކަމުގައިވުން؛ ނުވަތަ
- ގާނޫނީ ގޮތުން ހުއްދަ މުއާމަލާތެއްގެ ދަށުން އޭނާއަށް ލިބެން ޖެހޭ މުދަލެއް ނުވަތަ ދަރަނީގެ ފައިސާއެއްގެ ބަދަލުގައިކަމުގައިވުން.
ހުއްދަނޫން ގޮތުގައި ހިދުމަތުން ބޭނުންކުރުން ނުވަތަ މަންފާ ހޯދުން
214 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ، އެކުރަނީ ކުށެކެވެ:
- ދައުވާ ރައްދުވާ މީހާއަށް، އެއީ:
- އަގެއް ދައްކައިގެން ނޫނީ ހޯދެން ނެތް ހިދުމަތެއްކަން އެނގިހުރުމާއެކު؛
- އޮޅުވާލައިގެން ނުވަތަ ބިރުދައްކައިގެން ނުވަތަ ސައްހަނޫން މާލީ ލިޔުމެއް ހުށަހަޅައިގެން ނުވަތަ އެނޫންވެސް ގޮތަކަށް ކަމެއް ކޮށްގެން، އެ ހިދުމަތަށް އަގުދެއްކުމުން މަނާވެގަތުމަށްޓަކައި، ނުވަތަ
- ބަޔަކު ދޭ ހިދުމަތެއްގެ މައްޗަށް، ދައުވާ ރައްދުވާ މީހާގެ ފަރާތުން އޮންނަން ނުޖެހޭ ކޮންޓްރޯލެއް އޮވެ:
- އެނގިހުރެގެން އެ ހިދުމަތް ހޯދުން ނުވަތަ އެ ހިދުމަތުގެ ބޭނުންކުރުން؛ ނުވަތަ
- އެ ހިދުމަތް ހޯދީ ނުވަތަ އެ ހިދުމަތުގެ ބޭނުންކުރީ، އޭނާގެ ފައިދާއަށް ކަމުގައިވުން، ނުވަތަ އެ ފައިދާ ލިބެންނުޖެހޭ މީހެއްގެ ފައިދާއަށްކަމުގައިވުން، ނުވަތަ އެ ހިދުމަތުގެ ފައިދާ ލިބެންޖެހޭ ބަޔަކަށް އެ ހިދުމަތް ނުލިބޭގޮތަށް ކަމުގައިވުން.
(ށ) މާނަކުރުން
"ހިދުމަތް" ކަމަށް ބުނެފައި އެވަނީ، މީހުން ލައްވާ ކުރުވާ މަސައްކަތަށާއި، ފަންނީ ހިދުމަތަށާއި، މުއާސަލާތުގެ ވަސީލަތްތަކަށާއި، އާންމު ބޭނުންތަކުގެ ހިދުމަތްތަކަށާއި، ގޭގޭގައި ނުވަތަ ހޮޓާހޮޓަލުގައި މީހުން ބޭތިއްބުމުގެ ހިދުމަތަށާއި، މައްރަޒުތަކަށް މީހުން ވެއްދުމަށާއި، ފިކުރީ ނުވަތަ އުފުލޭ މުދާ ބޭނުންކުރުމަށާއި، އިލެކްޓްރޯނިކް ހިދުމަތެއްގެ ބޭނުންހިފުން ހިމެނޭ ގޮތުންނެވެ. އެކަމަކު އެކަންކަމަށް އެކަނިމެ މަހްދޫދު ނުވާނޭ ގޮތުގެމަތިންނެވެ.
(ނ) އެހެންގޮތަކަށް ސާބިތުނުވާހާހިނދަކު ގަބޫލުކުރާނެގޮތް
އަންނަނިވި ހާލަތްތަކުގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު، ދައުވާ ރައްދުވާ މީހާއަށް ލިބި ހުރިކަމަށް، އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު، ފަނޑިޔާރު ގަބޫލުކުރަން ވާނެއެވެ:
- ހިދުމަތަކަށް އަގުދެއްކުމަށް އިންކާރުކުރުން، ނުވަތަ ހިދުމަތަކަށް އަގުނުދައްކާ ނުވަތަ އަގުދައްކާނެކަމުގައި ބަޔާންނުކޮށް އެ ތަނުން ދިއުން؛ އަދި
- ހޮޓާހޮޓަލާއި، ރެސްޓޯރަންޓްތަކާއި އަދި އެފަދަ ހިދުމަތުގެ ސިނާއަތްތަކުގައި އަމަލުކުރެވޭ އުސޫލުން އެ ހިދުމަތަކަށް އާންމުކޮށް އަގުދައްކަނީ އެ ހިދުމަތް ލިބިގަންނަ ވަގުތުގައި ކަމުގައިވުން.
ހިޔާނާތުގެ ކުށް
215 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި އަންނަނިވި އަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ:
- އެއްބަސްވުމެއްގެ ދަށުން ނުވަތަ ގާނޫނީ އިލްތިޒާމެއްގެ ދަށުން ނުވަތަ ޒިންމާއުފުލަންޖެހޭ މަސްލަހަތެއް އޮންނަ ހާލަތުގައި، އަނެކާގެ މުދަލެއް މީހަކު ލިބިގަންނަނީ، އަގެއް އަދާކުރުމަށް ނުވަތަ އެ މުދަލުން ވަކި ތަސައްރުފެއް ކުރުމަށްކަމުގައި ވެފައި؛
- އޭނާގެ އަމިއްލަ މުދަލުގެ ގޮތުގައި އެ މުދަލުން މުއާމަލާތްކޮށް؛
- އެ މުދަލަކުން އަދާކުރަން ޖެހޭ އަގު އަދާނުކުރުން ނުވަތަ އެއިން ކުރަންޖެހޭ ތަސައްރުފު ނުކުރުން.
(ށ) އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު ގަބޫލުކުރާނެ ގޮތް
- ދައުލަތުގެ މުވައްޒަފަކު ނުވަތަ މާލީ އިދާރާއެއްގެ މުވައްޒަފަކު ނުވަތަ ވަކީލަކު ނުވަތަ އެކައުންޓެންޓަކު ނުވަތަ އެނޫންވެސް މާލީ ހިދުމަތްތެރިއަކު، އުފުލަންޖެހޭ ގާނޫނީ ވާޖިބުތަކުގެ މައުލޫމާތު، އޭނާއަށް، މި މާއްދާގެ ބޭނުމަށްޓަކައި ލިބިގެންވާކަމުގައި، އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު، ފަނޑިޔާރު ގަބޫލުކުރަން ވާނެއެވެ. އެހެންނަމަވެސް ދައުވާ ރައްދުވާ ފަރާތުން އުފުލަންޖެހޭ ގާނޫނީ އިލްތިޒާމުތައް ގާނޫނަކުން ނުވަތަ ރަސްމީ އިއްލާނަކުން ނުވަތަ ތަބާވާންޖެހޭ ނިޔާއަކުން ސާފު ބަހުން އެކަށައަޅާދީފައިނުވާކަން، ސާބިތުކޮށްދިނުމުގެ ހައްގު ދައުވާ ރައްދުވާ މީހާއަށް ލިބިގެންވެއެވެ.
- އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު އަންނަނިވި ހާލަތްތަކުގައި، ދައުވާ ރައްދުވާ މީހާގެ އަމިއްލަ މުދަލުގެ ގޮތުގައި އަނެކާގެ މުދާ ބޭނުންކޮށްފައިވާކަމަށް، ފަނޑިޔާރު ގަބޫލުކުރަންވާނެއެވެ.
- ގާނޫނުގައި ހުއްދަ ގޮތަކަށް އެކަމަށް އެދުމުން، ފައިސާ ނުދެއްކުން ނުވަތަ، އެ ފައިސާއަށް ވީގޮތް ބަޔާންކޮށް ނުދެވުން؛ ނުވަތަ
- އެކަން ބަލައި ހޯދުމުން ފައިސާ ހުރީ މަދުންކަމަށް ސާބިތުވުން ނުވަތަ ކަމާ ގުޅޭ ލިޔުންތައް ހުރީ އޮޅުވާލާފައިކަން ހާމަވުން.
(ނ) މާނަކުރުން
- "މާލީ އިދާރާ" ކަމަށް ބުނެފައި އެވަނީ، ބޭންކަށާއި، އިންށުއުރަންސް ކުންފުނިތަކަށާއި، ކްރެޑިޓް ޔޫނިއަންތަކަށާއި، އިމާރާތްކުރުމާއި ލޯނުދިނުމުގެ ޖަމާއަތްތަކަށާއި، އިންވެސްޓްމެންޓް ޓްރަސްޓުތަކަށާއި، ފަހަށް ރައްކާކުރަން މީހުން ބޭނުންވާ ފައިސާ ޖަމާކުރެވިދާނެ ތަންތަންކަމުގައި ނުވަތަ ގިނަ ބަޔަކު ގުޅިގެން ފައިސާ އިންވެސްޓުކުރެވިދާނެ ތަންތަންކަމުގައި އާންމުންނަށް އަންގައިދީފައިވާ ތަންތަނަށާއި، މީހުންގެ ފައިސާ ޖަމާކޮށްދޭ ތަންތަނަށެވެ.
- "މާލީ ހިދުމަތްތެރިއެއް" ކަމަށް ބުނެފައި އެވަނީ، ކަމުގެ ފަންނީ ތައުލީމު ލިބިގެން ތިބެ، ފައިސާއާއި ފައިސާގެ ގޮތުގައި ބެލެވޭ ލިޔެކިޔުން ބެލެހެއްޓުމަށާއި، އޮޑިޓްކުރުމަށާއި، އޭގެ މުއާމަލާތްކުރުމުގެ މަސްއޫލިއްޔަތު އުފުލުމަށް ހަވާލުކުރެވިފައިވާ މީހުންނަށެވެ.
- "ޒިންމާ އުފުލުމުގެ މަސްލަހަތު" ކަމަށް ބުނެފައި އެވަނީ، މީހެއްގެ ފަރާތުން، ނުވަތަ ޖަމްއިއްޔާއެއްގެ ފަރާތުން، ނުވަތަ އިދާރާއެއްގެ ފަރާތުން، އެފަރާތުގެ މަސްލަހަތަށްޓަކައި ވަކި އަމަލުތަކެއް ކުރުމުގެ ގާނޫނީ ވާޖިބެއް އޮތުމަށެވެ.
(ރ) ދަރަޖަކުރުން
މި ގާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ (5) ވަނަ ނަންބަރުގައި އެހެން އޮތްކަމުގައި ވީނަމަވެސް، މީހަކު މި މާއްދާގައިވާ ކުށެއް ކޮށްފިނަމަ، އެ ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށަކަށްވުރެ ކުޑަ ކުށަކަށް ވެގެންނުވާނެއެވެ.
ގެއްލިފައިވާ މުދަލުން ނުވަތަ ބަހައްޓަންވީ ތަން ނޫން ތަނުގައި ބެހެއްޓިފައިވާ މުދަލުން ނުވަތަ އޮޅިގެން ރައްދުކުރެވޭ މުދަލުން ވައްކަންކުރުން
216 ވަނަ މާއްދާ - ކުށް ކަނޑައެޅުން

- މީހަކަށް ލިބޭ މުދަލަކީ، ގެއްލިގެން އުޅޭ މުދަލެއްކަން އެނގިހުރެ، ނުވަތަ ބަހައްޓަންވީ ތަން ނޫން ތަނެއްގައި ބެހެއްޓިފައިވާ މުދަލެއްކަން އެނގިހުރެ ނުވަތަ މުދަލުގެ ބާވަތާ ގުޅޭ ގޮތުން، ނުވަތަ އަދަދާ ގުޅޭގޮތުން، ނުވަތަ ރައްދުކުރެވުނު މީހާއާ ގުޅޭގޮތުން އޮޅުމެއް އަރައިގެން ރައްދުކުރެވުނު މުދަލެއްކަން އެނގިހުރެ، އެ މުދާ ބަލައިގަތުމާއި؛
- އެކަން އެކުރަނީ އެހެން މީހެއްގެ ކިބައިން އެ މުދާ ނިގުޅައިގަތުމުގެ މަގްސަދުގައި ކަމުގައިވުމާއި؛
- އެ މުދަލުގެ ވެރިފަރާތަށް އެ މުދާ ރައްދުކުރުމަށް އަޅަންޖެހޭ އެކަށީގެންވާ ފިޔަވަޅުތައް ނޭޅުން.
(ށ) މާނަކުރުން
"ވެރިފަރާތް" ކަމުގައި ބުނެފައި އެވަނީ އެ މުދަލުގެ މައްޗަށް ގާނޫނީ ހައްގު އޮތް ކޮންމެ މީހަކަށެވެ.
މުދަލަކުން ހުއްދަނޫން ބޭނުންކުރުން
217 ވަނަ މާއްދާ - ކުށް ކަނޑައެޅުން

- ކަނޑައެޅިގެން އެނގިހުރެ މީހެއްގެ މުދަލުން، އަންނަނިވި ގޮތަކުން ކުރެ ގޮތަކަށް، ވަގުތީ ބޭނުމެއް ކުރުން:
- އަނެކާގެ ހުއްދައެއްނެތި؛ ނުވަތަ
- އަނެކާގެ ހުއްދަ އޮތްނަމަވެސް، އެ ހުއްދައިގައި ކަނޑައެޅިފައިވާ ށަރުތުތަކުގެ ދާއިރާއިން ބޭރުގައި؛ އަދި
- އެ މުދަލަކީ އެކަށީގެންވާ އަގެއްގެ މުދަލަކަށްވާތީ، އެފަދަ ބޭނުމެއް އެ މުދަލުން ކުރާ އިރުގައި، އެއަށް އަގުދައްކަންޖެހޭނެކަން، އާންމު މީހާއަށް ގަބޫލުކުރެވޭ ބާވަތުގެ މުދަލަކަށްވުން.
(ށ) މާނަކުރުން
"ވަގުތީ ބޭނުން" ކަމުގައި ބުނެފައި އެވަނީ މީހެއްގެ މިލްކުގައިވާ މުދާ އޭނާގެ ކިބައިން ދާއިމަށް ނިގުޅައިގަތުންކަމަށް ނުބެލެވޭ ގޮތަށް އެ މުދަލުން ހިފޭ ބޭނުމަށެވެ.
(ނ) ދަރަޖަކުރުން
މިކުށް ދަރަޖަކުރާނީ މި ގާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގައި ދަރަޖަކޮށްފައިވާ ގޮތަށެވެ. އަދި މުދަލެއް ބޭނުންކުރުމާ ގުޅިގެން އޭގެ އަގަށް މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ބެލުމުގައި، އެ އަގުކަމަށް ބަލާނީ އެ މާއްދާގެ (ރ) ގައި އަގު މާނަކުރެވޭ ގޮތަށެވެ.
ވައްކަންކޮށްގެން ހޯދާފައިވާ މުދާ ބަލައިގަތުން
218 ވަނަ މާއްދާ - ކުށް ކަނޑައެޅުން

- އަނެކާގެ މުދާ ބަލައިގަތުމާއި ބެހެއްޓުމާއި އޭގެ ތަސައްރުފެއް ކުރުން.
- އެ މުދަލަކީ ވައްކަންކޮށްފައިވާ މުދާކަން ކަށަވަރުކުރުމުގައި ފަރުވާ ބަހައްޓައިފައިނުވުން.
- އެ މުދާ އޭނާ ބަލައިގަތީ ނުވަތަ ބެހެއްޓީ އެ މުދަލުގެ ވެރިފަރާތަށް ރައްދުކުރުމަށްކަމަށް ނުވުން.
(ށ) ދަރަޖަކުރުން
މި ގާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގައި މުދަލުން ވައްކަންކުރުމަށް ދީފައިވާ ދަރަޖަކުރުމަށްވުރެ، މި ކުށުގެ ދަރަޖަ، އެއް ދަރަޖަ ތިރިވާނެއެވެ.
މާނަކުރުން
219 ވަނަ މާއްދާ - މާނަކުރުން
(ހ) "މަކަރާއި ހީލަތް" އަށް ދީފައިވަނީ މި ގާނޫނުގެ 212 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ށ) "ޒިންމާ އުފުލުމުގެ މަސްލަހަތު" އަށް ދީފައިވަނީ މި ގާނޫނުގެ 215 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ނ) "މާލީ އިދާރާ" އަށް ދީފައިވަނީ މި ގާނޫނުގެ 215 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ރ) "މާލީ ލިޔުން" އަށް ދީފައިވަނީ މި ގާނޫނުގެ 212 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ބ) "މާލީ ހިދުމަތްތެރިޔާ" އަށް ދީފައިވަނީ މި ގާނޫނުގެ 215 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ޅ) "ވެރިފަރާތް" އަށް ދީފައިވަނީ މި ގާނޫނުގެ 216 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
(ކ) "އަނެކާގެ މުދާ" އަށް ދީފައިވަނީ މި ގާނޫނުގެ 211 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
(އ) "ހިދުމަތް" އަށް ދީފައިވަނީ މި ގާނޫނުގެ 214 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
(ވ) "ވަގުތީ ބޭނުން" އަށް ދީފައިވަނީ މި ގާނޫނުގެ 217 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
(މ) "އަގު" އަށް ދީފައިވަނީ މި ގާނޫނުގެ 210 ވަނަ މާއްދާގެ (ރ) ގައި ދީފައިވާ މާނަކުރުމެވެ.
220 ވަނަ ބާބު
މުދަލަށް ގެއްލުންދިނުމާއި މުދާ ހަލާކުކުރުމުގެ ކުށް
220 ވަނަ މާއްދާ - މުދަލަށް ގެއްލުންދިނުން
221 ވަނަ މާއްދާ - މުދަލަށް ނުރައްކާ ކުރުން
222 ވަނަ މާއްދާ - ފަނާކޮށްފާނެކަމުގެ ބިރުދެއްކުން
223 ވަނަ މާއްދާ - މާނަކުރުން
މުދަލަށް ގެއްލުންދިނުން
220 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) މުދަލުގެ ވެރިފަރާތުގެ ރުހުމެއްނެތި އަދި އެ މުދަލަށް ފަރުވާ ބެހެއްޓުމެއް ނެތި، އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ، އެކުރަނީ ކުށެކެވެ:
- މުދަލަށް ގެއްލުން ދިނުން؛ ނުވަތަ
- މުދަލަކާ ބެހުމުގެ ސަބަބުން، މުދަލަށް ގެއްލުމެއް ލިބުން.
(ށ) އިސްތިސްނާ
އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ، އެކުރަނީ މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށެއްކަމުގައެއް ނުބެލެވޭނެއެވެ:
- ދައުވާ ރައްދުވާ މީހާ ބެހުނީ އޭނާގެ އަމިއްލަ މުދަލާކަމުގައިވުން؛
- އެކަން އޭނާ ކުރަނީ އޭނާއަށް ގާނޫނީ ގޮތުން ލިބިދޭ ހައްގުތަކުގެ ދާއިރާގެ ތެރޭގައި ކަމުގައިވުން؛ އަދި
- އަނެކާގެ މުދަލަށް ގެއްލުމެއް ލިބުނީ ދައުވާ ރައްދުވާ މީހާގެ މިލްކުވެރިކަމުގައިވާ ނުވަތަ ދައުވާ ރައްދުވާ މީހާ ކޮންޓްރޯލުކުރާ މުދަލެއްގެ ނުވަތަ ހިދުމަތެއްގެ މައްޗަށް އެ މީހަކު ބުރަވުމުގެ ސަބަބުންކަމަށްވުމާއި، އެމީހަކު އެގޮތަށް ބުރަވީ، އެ މުދަލަކާ ގުޅޭގޮތުން ނުވަތަ ހިދުމަތަކާ ގުޅޭގޮތުން ގާނޫނީ ހައްގެއް ހޯދުމަކާ ނުލައިކަމުގައިވުން.
(ނ) އެހެން ގޮތަކަށް ސާބިތު ނުވާހާހިނދަކު ގަބޫލުކުރާނެ ގޮތް
ގެއްލުން ލިބުނު މުދަލަށް އެ ގެއްލުން ލިބުނީ، ދައުވާ ރައްދުވާ މީހާ އަލިފާން ބޭނުންކޮށްގެން ކަމުގައިވާނަމަ ނުވަތަ މަނާކުރެވިފައިވާ މާއްދާއެއް ބޭނުންކޮށްގެން ކަމުގައިވާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ދައުވާ ރައްދުވާ މީހާ އަމަލުކުރީ ފަރުވާލެއް ނުބަހައްޓައި ކަމުގައި، އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު، ފަނޑިޔާރު ގަބޫލުކުރަންވާނެއެވެ.
(ރ) ދަރަޖަކުރުން
މި ކުށަކީ؛
- ލިބުނު ގެއްލުމުގެ އަގު 500،000 ރުފިޔާއަށް ވުރެ މަތިވާ ކަމުގައިވާނަމަ، ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
- ލިބުނު ގެއްލުމުގެ އަގު 50،000 ރުފިޔާއަށް ވުރެ މަތިވާ ކަމުގައި ވާނަމަ، ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.
- ލިބުނު ގެއްލުމުގެ އަގު 5،000 ރުފިޔާއަށްވުރެ މަތިވާނަމަ، ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
- ލިބުނު ގެއްލުމުގެ އަގު 500 ރުފިޔާއަށް ވުރެ މަތިވާނަމަ، ޖުނަހްގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ.
- އެނޫން ހާލަތްތަކުގައި އެ ކުށަކީ ޖުނަހްގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.
- ތިމާވެއްޓަށް ގެއްލުން ލިބޭ ހާލަތްތަކުގައި އިތުރު ޖޫރިމަނާކުރުން
"ހުއްދަ ކުރެވިފައިވާ ޖޫރިމަނާގެ އަދަދުތައް" މި ސުރުހީގެ ދަށުގައި 93 ވަނަ މާއްދާ އެހެން އޮތްކަމުގައި ވީނަމަވެސް، މީހަކު މި މާއްދާގެ ދަށުން ކުށެއްކަމުގައި ބަޔާންކޮށްފައިވާ އަމަލު ކުރުމުގައި، ތިމާވެށީގެ ގޮތުން ބަލާއިރު މުހިންމުކަމަށް ބެލެވޭ ތަނަކަށް ނުވަތަ މުދަލަކަށް ގެއްލުމެއް ދީފިކަމަށް ވާނަމަ، އެދިން ގެއްލުމުގެ ބަދަލުގެ އިތުރުން، އެމީހަކު ގިނަވެގެން 100،000،000 ރުފިޔާއިން ޖޫރިމަނާކުރެވިދާނެއެވެ. -
ތިމާވެށީގެ ގޮތުން މުހިންމުވުން
އަންނަނިވި ހާލަތްތަކުގައި ވަކި ތަނަކީ ނުވަތަ ވަކި އެއްޗަކީ ނުވަތަ ވަކި މުދަލަކީ ތިމާވެށީގެ ގޮތުން ބަލާއިރު މުހިންމުކަން ދެވޭ ތަނެއް ނުވަތަ އެއްޗެއް ނުވަތަ މުދަލެއްކަމުގައި ބެލެވޭނެއެވެ.- އެއީ، ތިމާވެށީގެ ގޮތުން ހާއްސަ މުހިންމުކަމެއް ދެވޭ ތަނެއް، ނުވަތަ އެއްޗެއް، ނުވަތަ މުދަލެއްކަން، އާންމު މީހަކަށްވެސް އެނގޭ ފަދަ ތަނެއް ނުވަތަ އެއްޗެއް ނުވަތަ މުދަލަކަށްވުން ނުވަތަ ހަގީގަތުގައިވެސް އެކަން އޭނާއަށް އެނގިގެންވުން؛ ނުވަތަ
- ސަރުކާރުން ނުވަތަ ބައިނަލްއަގްވާމީ ޖަމްއިއްޔާއަކުން އެ ތަނަކީ، ނުވަތަ އެއްޗަކީ، ނުވަތަ މުދަލަކީ، އެފަދަ ހާއްސަ މުހިންމުކަމެއް ދެވޭ ތަނެއްކަން ނުވަތަ އެއްޗެއްކަން ނުވަތަ މުދަލެއްކަން ގަބޫލުކޮށްފައިވުން.
(ބ) މާނަކުރުން
"ބެހުން" ކަމަށް ބުނެފައި އެވަނީ، މީހެއްގެ މުދަލަކަށް ނަހަމަ ގޯނާއެއް ކުރުމާއި އަދި އެ މުދަލަކުން އާންމުކޮށް ހިފޭ ބޭނުމަށް ނުވަތަ ނަތީޖާއަށް އުނިކަމެއް އަތުވެދާނެ ގޮތުން ކުރާ އަމަލަށެވެ.
މުދަލަށް ނުރައްކާ ކުރުން
221 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) މީހުން ދިރިއުޅޭ އިމާރާތަކަށް ނުވަތަ މުހިންމު އާންމު ތަނަކަށް ނުވަތަ އެއިން ތަނެއްގެ ބަޔަކަށް، އެތަނެއް ނުވަތަ ބައެއްނެތި ހިނގައިދާނެ ކަމުގެ ބިރެއް އުފެދޭ ބާވަތުގެ އަމަލެއް، އެކަމުގެ ހުއްދަނެތި ކުރާ މީހާ އެކުރަނީ ކުށެކެވެ.
(ށ) މާނަކުރުން
"މީހުން ދިރިއުޅޭ އިމާރާތް" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ބޭނުންތަކުގެ ތެރެއިން ބޭނުމަކަށްޓަކައި ބޭނުންކުރެވޭ، އަދި ކުށުގެ އަމަލު ހިނގިއިރު އެ ތާނގައި މީހުން ދިރިއުޅުނުކަމުގައި ވިޔަސް އަދި ނުވިޔަސް އިމާރާތަކަށް ނުވަތަ އެއްގަމު އުޅަނދަކަށް ނުވަތަ ކަނޑުގެ އުޅަނދަކަށް ނުވަތަ އެފަދަ އިމާރާތްތައް ނުވަތަ އުޅަނދެއްގެ ވަކި ބަޔަކަށެވެ.
- އެ ތަނެއްގައި މީހަކު ދިރިއުޅޭ ނުވަތަ އޭނާގެ ވިޔަފާރި، ނުވަތަ އޭނާގެ އެހެންވެސްކަމެއް ހިންގާ ތަނަކަށްވުން؛ ނުވަތަ
- ވިޔަފާރީގެ ބޭނުމަށް، ނުވަތަ ސަރުކާރުގެ ބޭނުމަށް ނުވަތަ އަޅުކަމުގެ ބޭނުމަށް ނުވަތަ ތައުލީމުގެ ބޭނުމަށް ނުވަތަ މުނިފޫހިފިލުވުމުގެ ބޭނުމަށް ނުވަތަ އާންމު އުސޫލުން ނުވަތަ ވިޔަފާރީގެ އުސޫލުން ދަތުރުފަތުރުކުރުމުގެ ބޭނުމަށް، މީހުން އެއްވެ އުޅޭ ތަނަކަށްވުން؛ ނުވަތަ
- ރޭގަނޑު ނިދުމަށް މީހުން ބޭނުންކުރާ ތަނަކަށްވުން.
(ނ) ދަރަޖަކުރުން (އިސްލާހު ކުރެވިފައި)
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށަކީ، މި ގާނޫނުގެ 220 ވަނަ މާއްދާގެ (ރ) އިން މުދަލަށް ގެއްލުންދިނުމުގެ ކުށަށް ކަނޑައަޅާފައިވާ ދަރަޖައަށްވުރެ އެއް ދަރަޖަ ދަށް ކުށެކެވެ.
(ރ) މާނަކުރުން
"މުހިންމު އާންމު ތަންތަން" ކަމަށް ބުނެފައި އެވަނީ، އާންމު ފަރުދުންނަށް މުހިންމު ހިދުމަތެއް ފޯރުކޮށްދޭ މުދަލަށާއި ވަސީލަތްތަކަށެވެ. އޭގެ ތެރޭގައި، މުހިންމު ހިދުމަތްތައް ދެމުންގެންދާ ފާލަމާއި އާންމުކޮށް ބޭނުންކުރާ އެއްގަމުގެ މަގުތަކާއި، ކަނޑުގެ މަގުތަކާއި، ބަނދަރުތަކާއި، މުއާސަލާތުގެ ބިނާތަކާއި، އާންމުން ބޭނުންހިފާ ތަންތަނާއި، ޓްރާންސިޓް މަރުކަޒުތަކާއި ދައުލަތުގެ އިމާރާތްތައް ހިމެނޭ ގޮތުންނެވެ.
ފަނާކޮށްފާނެކަމުގެ ބިރުދެއްކުން
222 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ، އެކުރަނީ ކުށެކެވެ:
- ކަނޑައެޅިގެން އެނގިހުރެ، ފަނާކުރަނިވި އަމަލެއް ހިންގަފާނެކަމުގެ ބިރު މީހަކަށް ނުވަތަ ބަޔަކަށް ދެއްކުން: ނުވަތަ
- މީހަކު އެނގިހުރެ ފަނާކުރަނިވި މާއްދާއެއް އަތުގައި ބަހައްޓާފައި ހުރީ ޖިނާޔަތުގެ ކުށެއް ކުރުމަށް ބޭނުންކުރުމުގެ މަފްސަދުގައިކަމުގައި ވުން؛ ނުވަތަ އެހެން މީހަކު އެފަދަ ޖިނާޔަތުގެ ކުށެއް ކުރުމުގައި ބޭނުންކޮށްފާނެކަން އެނގިހުރެ ކަމުގައިވުން. (އިސްލާހު ކުރެވިފައި)
- (އުނި ކުރެވިފައި)
(ށ) މާނަކުރުން
"ފަނާކުރުން" ކަމަށް ބުނެފައި އެވަނީ
- ފަސް މީހެއްގެ ނުވަތަ އެއަށްވުރެ ގިނަ ބަޔެއްގެ ހަށިގަނޑަށް ބޮޑެތި އަނިޔާ ލިބިދިނުން؛ ނުވަތަ
- މީހުން ދިރިއުޅޭ ފަސް އިމާރާތަށް ނުވަތަ އެއަށްވުރެ ގިނަ އިމާރާތަށް ބޮޑެތި ގެއްލުން ދިނުން؛ ނުވަތަ
- މުހިންމު އާންމު ތަނެއްގެ ހިންގުމަށް، އެކަށީގެންވާ ހުރަހެއް ނުވަތަ އުނިކަމެއް ގެނައުން؛ ނުވަތަ
- 500،000 (ފަސްލައްކަ) ރުފިޔާއަށް ވުރެ ބޮޑު އަދަދެއްގެ ގެއްލުން މުދަލަކަށް ފޯރުކުރުން.
(ނ) ދަރަޖަކުރުން: ފަނާކުރުމަށް އެހީވެދިނުން
- މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ކުށަކީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
- ފަނާކުރަނިވި އަމަލެއްގެ ބިރުދެއްކުން
މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައިވާ ކުށަކީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.
މާނަކުރުން
223 ވަނަ މާއްދާ - މާނަކުރުން
(ހ) "ފަނާކުރުން" އަށް ދީފައިވަނީ މި ގާނޫނުގެ 222 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
(ށ) "ފަނާކުރަނިވި މާއްދާ" އަށް ދީފައިވަނީ މި ގާނޫނުގެ 121 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ނ) "މީހުން ދިރިއުޅޭ އިމާރާތް" އަށް ދީފައިވަނީ މި ގާނޫނުގެ 221 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
(ރ) "އަނެކާގެ މުދާ" އަށް ދީފައިވަނީ މި ގާނޫނުގެ 211 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
(ބ) "ހަށިގަނޑަށް ލިބޭ ބޮޑެތި އަނިޔާ" އަށް ދީފައިވަނީ މި ގާނޫނުގެ 17 ވަނަ މާއްދާގެ (91) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ޅ) "ބެހުން" އަށް ދީފައިވަނީ މި ގާނޫނުގެ 220 ވަނަ މާއްދާގެ (ބ) ގައި ދީފައިވާ މާނަކުރުމެވެ.
(ކ) "މުހިންމު އާންމު ތަންތަން" އަށް ދީފައިވަނީ މި ގާނޫނުގެ 221 ވަނަ މާއްދާގެ (ރ) ގައި ދީފައިވާ މާނަކުރުމެވެ.
230 ވަނަ ބާބު
ހުއްދަ ނެތް ތަންތަނަށް ވަނުމުގެ ކުށް
230 ވަނަ މާއްދާ - ހުއްދަނޫން ތަނަކަށް ވަނުން
231 ވަނަ މާއްދާ - މީހުން ދައްކާ ވާހަކަ ސިއްރުން އަޑުއެހުމާއި ފާރަލުން
232 ވަނަ މާއްދާ - ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދުން
233 ވަނަ މާއްދާ - ހުއްދަނޫން ގޮތުގައި މައުލޫމާތު ހާމަކުރުން
234 ވަނަ މާއްދާ - މާނަކުރުން
ހުއްދަނޫން ތަނަކަށް ވަނުން
230 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) ވަނުމުގެ ހުއްދަނެތް ތަނެއްކަން އެނގިހުރެ އެތަނަކަށް ވަނުން ނުވަތަ އެތަނަކަށް ވަދެ ހުރުމަކީ ކުށެކެވެ.
(ށ) އިސްތިސްނާ
- އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލު ކުރާ މީހާ، އެކުރަނީ ކުށެއް ނޫނެވެ:
- މީހަކު އެ ތަނަކަށް ވަތްއިރު، އެތަނަކީ އާންމުންނަށް ވަދެވޭގޮތަށް ހުޅުވާލާފައިވާ ތަނަކަށްވުން؛ އަދ
- އެ ތަނަށް ވަނުމުގައި ތަބާވާންޖެހޭ ހުރިހާ ށަރުތުތަކަކަށް އޭނާ ތަބާވެފައިވުން.
- މީހަކު ތަނަކަށް ވަތްއިރު، ނުވަތަ ތަނަކަށް ވަދެ ހުންނައިރު، އެކަން ކުރުމަށް،
އެ ތަނެއްގެ ވެރިފަރާތުން ނުވަތަ އެ ތަނަށް ވަނުމަށް ހުއްދަ ދޭން ހުރި ފަރާތުން، އޭނާ އެ ތަނަށް ވަނުމަށް ހުއްދަދޭނެކަމުގައި، ނުވަތަ އެތާނގައި ހުރުމަށް ހުއްދަކުރާނެކަމުގައި، އޭނާއަށް އެކަށީގެންވާ ގޮތުގައި ގަބޫލުކުރެވޭނަމަ އޭނާ އެކުރަނީ ކުށެއް ނޫނެވެ.
(ނ) ދަރަޖަކުރުން
- ހުއްދަނޫން ގޮތެއްގައި ވަތް ތަނަކީ، މަތީ ދަރަޖައަކަށް ސަލާމަތީ ފިޔަވަޅު އެޅިފައިވާ ތަނެއްކަން ނުވަތަ ނުރައްކާތެރި ތަނެއްކަން އެނގޭ ކަހަލަ ނިށާނެއް ހަރުކޮށްފައި ނުވަތަ ލިޔުމެއް ލިޔެފައި ހުރި ތަނެއްކަމަށްވާނަމަ އޭނާ އެކުރަނީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.
- ހުއްދަނޫން ގޮތެއްގައި ވަތް ތަނަކީ، ވަކިން ރައްކާތެރިކުރެވިފައިވާ ތަނަކަށްވާނަމަ، ނުވަތަ މީހުން ދިރިއުޅޭ ތަނަކަށްވާނަމަ ނުވަތަ އެއްޗެހި ރައްކާތެރިކުރާ ތަނެއްކަމަށްވާނަމަ، ނުވަތަ ކޮންމެ ކޮންމެ މީހަކަށް ނުވަދެވޭނެގޮތަށް ދާއިރާ ވަކިކޮށްފައިވާ ތަނަކަށްވާނަމަ، އޭނާ އެކުރަނީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
- އެނޫން ހާލަތްތަކުގައި، އެ ކުށަކީ ޖުނަހްގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.
(ރ) މާނަކުރުން
- "ދިރިއުޅޭ ތަން" ކަމަށް ބުނެފައި އެވަނީ، ކުށުގެ އަމަލު ހިނގި ވަގުތު މީހަކު އުޅުނު ކަމުގައިވިޔަސް އަދި ނުވިޔަސް، އުފުލޭ ގޮތަށް ނުވަތަ ނުއުފުލޭ ގޮތަށް ތައްޔާރުކޮށްފައި ހުރި ތަނެއްކަމުގައި ވިޔަސް އަދި ނުވިޔަސް، މީހުން ދިރިއުޅުމަށް ބޭނުންކުރާ އިމާރާތެއް ނުވަތަ އިމާރާތެއްގެ ބަޔަކަށެވެ.
- "މަތީ ދަރަޖައަކަށް ސަލާމަތީ ފިޔަވަޅު އެޅިފައިވާ ތަން" ކަމަށް ބުނެފައި އެވަނީ، އެ ތަނަށް ވަނުމަށްޓަކައި ބޭނުންވާ ކާކުކަން އަންގައިދޭ ކާޑެއް ނުވަތަ އެނޫންވެސް ނިށާނެއް ދައްކައިގެން މެނުވީ ނުވަދެވޭ ގޮތަށް ހުންނަ، އަދި މެދުކެނޑުމެއްނެތި، އެ ތަނެއްގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަމުން ގެންދާ ތަނަކަށެވެ.
- "އެއްޗެހި ރައްކާކުރާ ތަން" ކަމަށް ބުނެފައި އެވަނީ، އިމާރާތެއް ކަމުގައިވިޔަސް، ނުވަތަ ކަނޑުދަތުރުފަތުރުގެ އުޅަނދެއްކަމުގައި ވިޔަސް، ނުވަތަ އެއްގަމުއުޅަނދެއް ކަމުގައިވިޔަސް ނުވަތަ މަތިންދާބޯޓެއް ކަމުގައިވިޔަސް، މީހުންނާއި މުދާ އުފުލުމަށާއި، އެއްޗެހި ރައްކާކުރުމަށް ބޭނުންކުރާ ކޮންމެ އެއްޗަކަށެވެ.
މީހުން ދައްކާ ވާހަކަ ސިއްރުން އަޑުއެހުމާއި ފާރަލުން
231 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) ކުށުގެ އަމަލުން ގެއްލުންވާ މީހާގެ ހުއްދައެއް ނެތި، އޭނާ ދައްކާ ވާހަކަ ސިއްރުން އަޑުއެހުމުގެ ބޭނުމުގައި ނުވަތަ އޭނާއަށް ފާރަލުމުގެ ބޭނުމުގައި އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ، އެކުރަނީ ކުށެކެވެ.
- މީހެއްގެ އަމިއްލަ މިނިވަންކަން އެ މީހާއަށް އޮތް ތަނެއްކަމުގައި އެކަށީގެންވާ ގޮތެއްގައި އޭނާއަށް ބެލެވޭފަދަ ތަނެއްގައި ނުވަތަ މުޅިން އޭނާގެ އަމިއްލަ ތަނެއްގައިހުރެ އޭނާ ދައްކާ ވާހަކަ އަޑުއެހުން ނުވަތަ އޭނާއަށް ފާރަލުން.
- މީހެއްގެ ގޯތީގެ ތެރޭގައި ނުވަތަ މީހެއްގެ މުދަލެއްގެ ގޮތުގައި ބެލެވޭ ތަނެއްގައި، އިވޭއަޑު ނުވަތަ ފެންނަ ފެނުން، ނުވަތަ ހިނގާ ހަރަކާތްތައް، ނުވަތަ ދެކެވޭވާހަކަ އަޑުއެހުމާއި، ރެކޯޑުކުރުމާއި، ލިބޭ ނުވަތަ އިވޭ ނުވަތަ ފެންނަ ވަރަށްވުރެ ސާފުކޮށް ލިބިދާނެ ނުވަތަ އިވޭނެ ނުވަތަ ފެންނާނެގޮތް ހެދުމާއި، އާންމުކޮށް ފޮނުވުން.
(ށ) އެނގިހުރެ ފިޔަވަޅުނާޅާކަމަށް ވާނަމަ ރުހުންދީފައިވާކަމުގައި ބެލުން
ތިމާ ދައްކާ ވާހަކައަކީ އެހެން މީހަކު އަޑުއަހައިފާނެ ނުވަތަ ރެކޯޑުކޮށްފާނެ މައުލޫމާތުކަމުގައި އެނގިހުރެ އެ ވާހަކައެއް ދެއްކުން ކުރިއަށް ގެންދާ ކަމަށްވާނަމަ އޭގެ ފަހުން އަޑުއަހާ އަޑުއެހުމާއި ރެކޯޑުކުރާ ރެކޯޑު ކުރުމާއި އަދި އެ މައުލޫމާތު ހާމަކުރާ ހާމަކުރުމަކީ، އެ އެނގުނު އެގުމުގެ ދާއިރާގެ ތެރޭގައި، ހުއްދަކޮށްފައިވާ ކަމެއްކަމުގައި ބެލެވޭނެއެވެ.
(ނ) އިސްތިސްނާ އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލު ކުރާ މީހާ، އެކުރަނީ ކުށެއް ނޫނެވެ:
- މުދަލާއި މީހުން އެއް ތަނުން އަނެއް ތަނަށް އުފުލުމުގެ ވިޔަފާރީގައި ދުއްވާ އުޅަނދުފަހަރުގެ އޭޖެންޓެއްގެ ހައިސިއްޔަތުން ނުވަތަ މުވައްޒަފެއްގެ ހައިސިއްޔަތުން، ނުވަތަ ކޮންމެ ދުވަހެއްގެ އާންމު މަސައްކަތެއްގެ ހައިސިއްޔަތުން، މީހުން ދައްކާ ވާހަކަ އަޑުއެހުމާއި ރެކޯޑުކުރުމުގެ ކަންތައް ކުރާމީހާ، އެ ކުރާ ކަންތައް.
- ދެކެވޭ ވާހަކައިގެ ބައިވެރިއަކަށް ހުރެ:
- އެދެކެވޭ ވާހަކައިން ކުށެއްގެ ހެކި ލިބޭކަމުގައި އެކަށީގެންވާ ގޮތުގައި ގަބޫލުކޮށްގެން، އެގޮތުން ހެކީގެ ގޮތުގައި އޭނާއަށް ފާހަގަކުރެވޭ ވާހަކަ އަޑުއެހުމާއި ރެކޯޑުކުރުން؛ އަދި
- ނުރަނގަޅު އަމަލެއް ހިނގާކަން ހާމަކުރުމުގެ ތެދުނިޔަތުގައިކުރާ ކަމަކަށް އެކަންވުން.
- ށަރުއީ ކޯޓެއްގެ އަމުރަކުން ހުއްދަ ލިބިގެން، އެ ހުއްދައިގައިވާ ގޮތުގެމަތިން ގާނޫނު ތަންފީޒުކުރާ މުވައްޒަފަކު އެކިއެކި ވާހަކަތައް އަޑުއެހުމާއި ރެކޯޑުކުރުން. (އިސްލާހު ކުރެވިފައި)
(ރ) މާނަކުރުން
"ދެކެވޭ ވާހަކަ" ކަމަށް ބުނެފައި އެވަނީ، އެއްވެސް ވަސީލަތެއްގެ ޒަރީއާއިން އެހެން މީހަކަށް ފޮނުވޭ ކޮންމެ އަޑަކަށާއި، މަންޒަރަކަށާއި، ލިޔުމަކަށާއި، އިށާރާތަކަށާއި، މައުލޫމާތަކަށެވެ.
(ބ) ދަރަޖަކުރުން
މިކުށަކީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.
ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދުން
232 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ، އެކުރަނީ ކުށެކެވެ:
- ހުއްދައެއް ނެތްކަން އެނގިހުރެ؛
- މަތީ ދަރަޖައަކަށް ރައްކާތެރިކުރެވިފައިވާ މައުލޫމާތު ނުވަތަ މީހެއްގެ އަމިއްލަ މައުލޫމާތު ހޯދުން؛
(ށ) އިސްތިސްނާ
އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ، އެކުރަނީ ކުށެއް ނޫނެވެ:
- މީހެއްގެ އަމިއްލަ މައުލޫމާތު ހޯދަނީ؛
- ނުރަނގަޅު އަމަލެއް ހިނގާކަން ހާމަކުރުމުގެ ތެދުނިޔަތުގައިކަމަށްވުން.
(ނ) މާނަކުރުން
- "މަތީ ދަރަޖައަކަށް ރައްކާތެރިކުރެވިފައިވާ މައުލޫމާތު" ކަމަށް ބުނެފައި އެވަނީ، ހުއްދަ ލިބިގެންވާ މީހުންނަށް މެނުވީ ނުލިބޭ ގޮތަށް ރައްކާތެރިކުރެވިފައިވާ މައުލޫމާތަށެވެ.
- "މީހެއްގެ އަމިއްލަ މައުލޫމާތު" ކަމަށް ބުނެފައި އެވަނީ، އާންމުކޮށް ހާމަކުރުމަށް އާންމު މީހަކު ބޭނުންނުވާނެ މައުލޫމާތަށެވެ.
(ރ) ދަރަޖަކުރުން
- މަތީ ދަރަޖައަކަށް ރައްކާތެރިކުރެވިފައިވާ މައުލޫމާތު ހާމަކުރުމަކީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.
- މީހެއްގެ އަމިއްލަ މައުލޫމާތު ހާމަކުރުމަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
ހުއްދަނޫން ގޮތުގައި މައުލޫމާތު ހާމަކުރުން
233 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) ވަކި މައުލޫމާތަކީ، އަންނަނިވި ފަދަ މައުލޫމާތެއްކަން އެނގިހުރެ، އެހެން މީހަކަށް އެ މައުލޫމާތު ހާމަކުރާ މީހާ އެކުރަނީ ކުށެކެވެ:
- މި ގާނޫނުގެ 231 ވަނަ މާއްދާގެ ދަށުން ނުވަތަ 232 ވަނަ މާއްދާގެ ދަށުން މަނާކޮށްފައިވާގޮތަކަށް ހޯދާފައިވާ މައުލޫމާތުކަން؛ ނުވަތަ
- އެ މައުލޫމާތު ހޯދުމަކީ އެހެން މީހަކަށް ހުއްދައޮތްކަމެއް ނޫންކަން.
(ށ) ދަރަޖަކުރުން
މި ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
މާނަކުރުން
234 ވަނަ މާއްދާ - މާނަކުރުން
(ހ) "ދެކެވޭ ވާހަކަ" އަށް ދީފައިވަނީ މި ގާނޫނުގެ 231 ވަނަ މާއްދާގެ (ރ) ގައި ދީފައިވާ މާނަކުރުމެވެ.
(ށ) "ދިރިއުޅޭ ތަން" އަށް ދީފައިވަނީ މި ގާނޫނުގެ 230 ވަނަ މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ނ) "މަތީ ދަރަޖައަކަށް ރައްކާތެރިކުރެވިފައިވާ މައުލޫމާތު" އަށް ދީފައިވަނީ މި ގާނޫނުގެ 232 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ރ) "މަތީ ދަރަޖައަކަށް ސަލާމަތީ ފިޔަވަޅު އެޅިފައިވާ ތަން" އަށް ދީފައިވަނީ މި ގާނޫނުގެ 230 ވަނަ މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ބ) "މީހުން ދިރިއުޅޭ އިމާރާތް" އަށް ދީފައިވަނީ މި ގާނޫނުގެ 221 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
(ޅ) "ގާނޫނު ތަންފީޒުކުރާ މުވައްޒަފު" އަށް ދީފައިވަނީ މި ގާނޫނުގެ 521 ވަނަ މާއްދާގެ (ރ) ގައި ދީފައިވާ މާނަކުރުމެވެ.
(ކ) "މީހެއްގެ އަމިއްލަ މައުލޫމާތު" އަށް ދީފައިވަނީ މި ގާނޫނުގެ 232 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(އ) "އެއްޗެހި ރައްކާކުރާ ތަން" އަށް ދީފައިވަނީ މި ގާނޫނުގެ 230 ވަނަ މާއްދާގެ (ރ) ގެ (3) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
310 ވަނަ ބާބު
ސައްހަ ލިޔުމަށް ބަދަލުގެނައުމާއި ނަކަލުކުރުމާއި، މަކަރުވެރި އަމަލު ހިންގުން
310 ވަނަ މާއްދާ - ސައްހަ ލިޔުމަށް ބަދަލުގެނައުމާއި، އެ ހަދާ ލިޔުން ނަކަލުކުރުމާއި، އަގުހުރި އެއްޗެހި ނަކަލުކޮށް އަސްލުގެ ގޮތުގައި ދެއްކުން
311 ވަނަ މާއްދާ - ލިޔުމާއި ރެކޯޑާއި އެހެނިހެން ވަސީލަތްތަކާ ބެހުން
312 ވަނަ މާއްދާ - ށަހްސު އޮޅުވާލުން
313 ވަނަ މާއްދާ - އޮޅުވާލުމުގެ އަމަލުތައް
314 ވަނަ މާއްދާ - ރިށްވަތު ދިނުމާއި، ވަކި މަސްލަހަތަކަށް ބުރަވެ އަމަލުނުކުރުމުގެ ވާޖިބާ ހިލާފުވުން
315 ވަނަ މާއްދާ - އާންމުންނަށް ހުޅުވާލެވިގެން ބޭއްވޭ އެކިއެކި މުބާރާތްތަކުގައާއި އާންމު ބީލަންތަކުގައި އޮޅުވާލުން
316 ވަނަ މާއްދާ - ރަހުނު ބެހެއްޓުމަށްފަހު ދަރަނި ދޫކޮށްފައިވާ ފަރާތްތަކަށް އޮޅުވާލުން
317 ވަނަ މާއްދާ - އިފްލާސްކުރެވިފައިވާ ހާލަތުގައި އޮޅުވާލުން
318 ވަނަ މާއްދާ - މާލީ ހާލަތު ދަށްވަމުންދާ މާލީ އިދާރާއަކުން ފައިސާއެއް ޖަމާކުރުމަށް ގަބޫލުކުރުން
319 ވަނަ މާއްދާ - ޕިރަމިޑް ސޭލްސް ސްކީމެއްގައި ބައިވެރިވުމުގެ ހައްގު ވިއްކާލުން
320 ވަނަ މާއްދާ - މާނަކުރުން
ސައްހަ ލިޔުމަށް ބަދަލުގެނައުމާއި، އެ ހަދާ ލިޔުން ނަކަލުކުރުމާއި، އަގުހުރި އެއްޗެހި
ނަކަލުކޮށް އަސްލުގެ ގޮތުގައި ދެއްކުން
310 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި، ނުވަތަ ނުރަނގަޅު އަމަލެއް ފޮރުވުމުގެ ނިޔަތުގައި، އެނގިހުރެ އަންނަނިވި އަމަލު ކުރާ މީހާ އެކުރަނީ ކުށެކެވެ:
- މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ނުވަތަ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ސައްހަނޫން ލިޔުމަކަށް ނުވަތަ އެއްޗަކަށް ހަވާލާދިނުން، ނުވަތަ އެފަދަ ލިޔުމެއް ނުވަތަ އެއްޗެއްގެ ތެދުކަން ދެއްކުމުގެ ގޮތުން ކަމެއް ތަކުރާރުކުރުން ނުވަތަ އެފަދަ ލިޔުމެއް ނުވަތަ އެއްޗެއްގައިވާ ކަމެއް ބަޔާންކުރުން.
- އެ އެއްޗަކީ ވަކި މީހަކުހެދި އެއްޗެއްކަމުގައި، ނުވަތަ ވަކި އަސްލެއް އޮތް އެއްޗެއްކަމުގައި، ނުވަތަ ވަކި އަގެއް އޮތްއެއްޗެއްކަމުގައި، ނުވަތަ ވަކި ދުވަހެއްވީ އެއްޗެއްކަމުގައި، ސައްހަނޫން ގޮތުގައި، ދެއްކުމަށްޓަކައި، އެއްޗެއް ނުވަތަ ލިޔުމެއް އުފެއްދުން ނުވަތަ އެއްޗަކަށް ނުވަތަ ލިޔުމަކަށް ބަދަލުގެނައުން.
- އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް، ލިޔުމެއް އުފެއްދުން، ނުވަތަ ފުރިހަމަކުރުން، ނުވަތަ ދޫކުރުން، ނުވަތަ ކަށަވަރުކޮށްދިނުން، ނުވަތަ ދިނުން، ނުވަތަ ނަކަލުކޮށްދިނުން:
- އެހެން މީހެއްގެ އަމަލެއްކަމުގައި ސައްހަނޫން ގޮތުގައި ދެއްކުމަށް؛ ނުވަތަ
- ވަކި ތަނެއްގައި، ނުވަތަ ވަކި ވަގުތެއްގައި، ނުވަތަ ނަންބަރުޖެހި ވަކި ތަރުތީބަކުން، ނުވަތަ ވަކި އުސޫލަކުން ދޫކޮށްފައިވާ ލިޔުމެއްކަމުގައި، ސައްހަނޫން ގޮތުގައި ދެއްކުމަށް؛ ނުވަތަ
- އަސްލެއްގެ ކޮޕީކަމުގައި ސައްހަނޫން ގޮތުގައި، ދެއްކުމަށް؛
(ށ) މާނަކުރުން
"ލިޔުން" ކަމަށް ބުނެފައި އެވަނީ، ކޮންމެ ވަސީލަތަކުންކަމުގައި ވީނަމަވެސް، އަގެއް ހުރި އެއްޗެއްގެ ނުވަތަ ހައްގެއްގެ ނުވަތަ އިމްތިޔާޒެއްގެ ނުވަތަ މީހެއްގެ ނުވަތަ އެއްޗެއްގެ ށަހްސު ކަނޑައަޅައި އަންގައިދިނުމުގެ ރަމްޒަށެވެ.
(ނ) ދަރަޖަކުރުން: ލިޔުން ނަކަލުކުރުން
- މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ލިޔުން ބޭނުންކުރަނީ އަންނަނިވި ކަންކަމުގެ ތެރެއިން ކަމަކަށްޓަކައި ކަމުގައިވާނަމަ، އެ ކުށަކީ، ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
- ގާނޫނީ ހައްގެއް، މަސްލަހަތެއް، ވާޖިބެއް ނުވަތަ ހައިސިއްޔަތެއް އުފެއްދުމަށް، ނުވަތަ އުފެދިދާނެކަން ދެއްކުމަށް، ނުވަތަ ބަދަލުވެދާނެކަން ދެއްކުމަށް، ނުވަތަ ނިމުމަކަށް ގެނައުމަށް ނުވަތަ ނިމުމަކަށް އަތުވެދާނެކަން ދެއްކުމަށް، ނުވަތަ އެނޫންވެސް ގޮތަކުން އަސަރުކުރުވުމަށް ނުވަތަ އަސަރުކޮށްފާނެކަން ދެއްކުމަށްކަމުގައިވުން؛ ނުވަތަ
- އެ ލިޔުމަކީ ސަރުކާރަށް ލިބިފައިވާ، ނުވަތަ ސަރުކާރުން ދޫކޮށްފައިވާ ލިޔުމެއްކަމުގައި ދެއްކުމަށް ކަމުގައިވުން.
-
ދަރަޖަކުރުން
އެނޫން ހާލަތްތަކުގައި، އެ ކުށަކީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.
ލިޔުމާއި ރެކޯޑާއި އެހެނިހެން ވަސީލަތްތަކާ ބެހުން
311 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލު ކުރާ މީހާ، އެކުރަނީ ކުށެކެވެ.
- އެއްވެސް މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި ނުވަތަ އެއްވެސް ނުރަނގަޅު އަމަލެއް ފޮރުވުމުގެ މަގްސަދުގައި ކަމެއް ކުރުން؛ އަދި
- އެއްވެސް ލިޔުމެއް ނުވަތަ ރެކޯޑެއް ނުވަތަ އެއްޗަކަށް ބަދަލުގެނައުން، ނުވަތަ އެފަދަ އެއްޗެއް ހަލާކުކޮށްލުން، ނުވަތަ އޮތް ތަނަކުން ނެގުން، ނުވަތަ ފޮރުވުން؛ އަދި
- އެ ކުށް ކުރަނީ، އެކަންކުރަންޖެހޭ އެއްވެސް ސަބަބެއް ނުވަތަ ހުއްދައެއް ނެތިކަމުގައި އެނގިހުރެ އެކަން ކުރުން.
ދަރަޖަކުރުން
(ށ) ދަރަޖަކުރުންމި ކުށަކީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެވެ.
ށަހްސު އޮޅުވާލުން
312 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލު ކުރާ މީހާ އެކުރަނީ ކުށެކެވެ:
- އޭނާގެ އަމަލުން އަންނަނިވި ނަތީޖާތައް ނުކުމެދާނެކަމަށް އެއްވެސް ފަރުވާލެއް ނުބަހައްޓައި:
- އެހެން މީހަކަށް އެ ކަމުން އެއްވެސް ގެއްލުމެއް ލިބުން؛ ނުވަތަ
- އޭނާއަށް ލިބުން ހައްގު ނޫން މަންފާއެއް ލިބުން؛ ނުވަތަ
- ދައުވާ ލިބޭ މީހާ، އެކުރާ އަމަލު ކުރުމަށް ރަސްމީ ހައިސިއްޔަތެއް ނުވަތަ ގާނޫނީ އިހްތިޔާރެއް ނެތް ހާލު، އޭނާގެ އެ އަމަލަކީ، އެފަދަ ހައިސިއްޔަތެއް ނުވަތަ އިހްތިޔާރެއް އޮވެގެން ކުރާ އަމަލެއްކަމުގައި އެހެން މީހަކަށް ގަބޫލުކުރެވޭ ގޮތްވުން؛ އަދި
-
އޭނާ އަކީ:
- އެހެން މީހެއްގެ ގޮތުގައި އެއްވެސް ފަރާތަކަށް ދެއްކުން؛ ނުވަތަ
- އެހެން މީހެއްގެ ކާކުކަން އަންގައިދޭ ލިޔުމެއް ތައްޔާރުކުރުން، ނުވަތަ ބަދަލުކުރުން، ނުވަތަ ވިއްކުން ނުވަތަ ދިނުން؛ ނުވަތަ
- އެހެން މީހެއްގެ ކާކުކަން އަންގައިދޭ ލިޔުމެއް ގަތުން.
(ށ) ކާކުކަން އަންގައިދޭ ލިޔުމުގެ ގޮތުގައި ހިމެނޭ މައުލޫމާތު
މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ (ii) ގެ ބޭނުމަށްޓަކައި އަދި މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ (iii) ގެ ބޭނުމަށްޓަކައި ކާކުކަން އަންގައިދޭ މައުލޫމާތުގެ ތެރޭގައި، މީހެއްގެ ނަމާއި، އުފަން ތާރީހާއި، އޭނާއަށް ދޫކުރެވިފައިވާ އައިޑެންޓިފިކޭށަން ނަންބަރާއި، ކޯޑާއި، އޭނާގެ މާލީ މައުލޫމާތާއި، ވަކި މީހަކު ދެނެގަތުމަށްޓަކައި ބޭނުންކުރެވިދާނެ އެހެން ކޮންމެ މައުލޫމާތެއް ހިމެނެއެވެ.
(ނ) ދަރަޖަކުރުން:
- މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ (ii) ވަނަ ބަޔާއި މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ (iii) ވަނަ ބައިގައި ބަޔާންކޮށްފައިވާ ކުށްކުށަކީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެވެ.
- އެނޫން ހާލަތްތަކުގައި، އެ ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
އޮޅުވާލުމުގެ އަމަލުތައް
313 ވަނަ މާއްދާ - ކުށް މާނަކުރުން
(ހ) މުދަލަކާ ނުވަތަ ހިދުމަތަކާ ގުޅޭގޮތުން ކުރުމަށް ހުށަހެޅިފައިވާ ނުވަތަ ފުރިހަމަ ކުރެވިފައިވާ މުއާމަލާތަކާ ގުޅިގެން، އަންނަނިވި އަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ.
- ސައްހަ ނޫން މައުލޫމާތު ނުވަތަ ކަމެއް އޮޅިގެން ހިނގައިދާނެފަދަ މައުލޫމާތު، ފަރުވާލެއްނެތި ދިނުން؛ ނުވަތަ
- ވިޔަފާރީގައި އާންމުކޮށް އަމަލުކުރެވޭ ކަމަށް ގަބޫލު ކުރެވިފައިވާ އުސޫލުތަކާއި މިންގަނޑުތަކާ ކަނޑައެޅިގެން ހިލާފަށް، އަމަލެއް ކޮށްގެން، އެނގިހުރެ، މީހަކަށް ކަމެއް އޮޅުވާލުން.
(ށ) ދަރަޖަކުރުން
މި ކުށަކީ، ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
ރިށްވަތު ދިނުމާއި، ވަކި މަސްލަހަތަކަށް ބުރަވެ އަމަލުނުކުރުމުގެ ވާޖިބާ ހިލާފުވުން
314 ވަނަ މާއްދާ - ރިށްވަތު ހޯދުމާއި ގަބޫލުކުރުން

- އެނގިހުރެ އެއްވެސް މަންފާއެއް ހޯދުމާއި ގަބޫލުކުރުން؛ އަދި
- މި މާއްދާގެ (ހ) ގައި ބުނެފައިވާ އަމަލުކޮށްފައިވަނީ އިހްލާސްތެރިވުމަށް އޮތް ވާޖިބަކާ ހިލާފުވުމުގެ މުގާބިލުގައި ލިބޭ މަންފާއެއްކަމުގައި ވުމާއި، އިހްލާސްތެރިވުމުގެ އެ ވާޖިބު އޭނާގެ މައްޗަށް އުފެދިގެންދަނީ، އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއްގައިކަމުގައިވުން:
- ޕާޓްނަރަކަށްވުން، ނުވަތަ އޭޖެންޓަކަށްވުން ނުވަތަ އެހެން މީހެއްގެ މުވައްޒަފަކަށްވުން؛ ނުވަތަ
- ޓްރަސްޓީއަކަށްވުން، ނުވަތަ ބެލެނިވެރިއަކަށްވުން ނުވަތަ މަސްލަހަތެއް އުފައްދައިދޭ އެހެންވެސް މަގާމެއްގައި ހުރި މީހަކަށްވުން؛ ނުވަތަ
- ގާނޫނީ ވަކީލަކަށްވުން، ނުވަތަ ޑޮކްޓަރަކަށްވުން، ނުވަތަ އެކައުންޓަންޓަކަށްވުން، ނުވަތަ އަގުކުރާ މީހަކަށްވުން ނުވަތަ އެނޫންވެސް ފަންނީ ލަފާދޭ ނުވަތަ މައުލޫމާތުދޭ މީހަކަށްވުން؛ ނުވަތަ
- ކުންފުންޏެއްގެ ނުވަތަ ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިނުވާ ޖަމާއަތެއްގެ އޮފީހެއްގެ ޑިރެކްޓަރަކަށް، ނުވަތަ މެނޭޖަރަކަށް ނުވަތަ އެ ކުންފުނި ނުވަތަ ޖަމާއަތް ހިންގުމުގައި އިރުށާދުދެވޭފަދަ މަރުހަލާއެއްގައި ހުރި މީހެއް ކަމުގައިވުން؛ ނުވަތަ
- ތަހްކީމްގެ އުސޫލުން މައްސަލަ ބަލައިދޭ މީހަކަށްވުން ނުވަތަ ރެފްރީއަކަށްވުން ނުވަތަ ކުރިމަތީގައިވާ މައްސަލައާ އެއްވެސް ގުޅުމެއްނެތް ގޮތުގައި ފަނޑިޔާރެއްގެ ދައުރު އަދާކުރާ މީހެއް ކަމުގައިވުން.
(ށ) ރިށްވަތެއް ހުށަހެޅުމާއި މަންފާއެއްގެ ގޮތުގައި ފައިސާ ދިނުން
އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލު ކުރާ މީހާ، އެކުރަނީ ކުށެކެވެ:
- އެނގިހުރެ މީހަކަށް މަންފާއެއް ހޯދައިދިނުން، ނުވަތަ މަންފާއެއް ދިނުމަށް ހުށަހެޅުން ނުވަތަ މަންފާއެއްގެ ގޮތުގައި ފައިސާ ދިނުން. އަދި
- އެ މަންފާއަކީ މި މާއްދާގެ (ހ) ގެ ދަށުން ގަބޫލުކުރުމުގެ ހުއްދަނެތް މަންފާއެއް ކަމުގައިވުން. (އިސްލާހު ކުރެވިފައި)
(ނ) ތިމާގެ މަސްލަހަތެއް ނެތް ގޮތުގައި މަސައްކަތްކުރުމުގެ ވާޖިބާ ހިލާފުވުން
އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ، އެކުރަނީ ކުށެކެވެ:
- ވަކި ކަމެއްގައި އެއްވެސް ފަރާތަކަށް ނުޖެހި ނިންމުންތައް ނިންމުމާއި، އަގުކުރުމާއި، މުދަލާ ހިދުމަތަށް ފާޑުކިޔާ މީހެއްގެ ގޮތުގައި ހުރެ؛ އަދި
- އެނިންމުމަށް ނުވަތަ އަގުކުރުމަށް ނުވަތަ ފާޑުކިޔުމަށް ނުފޫޒު ފޯރުވުމަށްޓަކައި ދެވޭ މަންފާއެއްކަން އެނގިހުރެ، އެފަދަ މަންފާއެއް ހޯދުމާއި ގަބޫލުކުރުން.
(ރ) ދަރަޖަކުރުން
މި މާއްދާގައި ބަޔާންވެގެންވާ ކުށްކުށަކީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެވެ.
އާންމުންނަށް ހުޅުވާލެވިގެން ބޭއްވޭ އެކިއެކި މުބާރާތްތަކުގައާއި
އާންމު ބީލަންތަކުގައި އޮޅުވާލުން
315 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލު ކުރާ މީހާ، އެކުރަނީ ކުށެކެވެ:
- އާންމުކޮށް ހުޅުވާލެވިގެން ބޭއްވޭ މުބާރާތްތަކާއި މައްރަޒުތައް ހިންގުމަށްޓަކައި ކަނޑައެޅިފައިވާ އުސޫލުތަކާއި ހަމަތަކާ އެއްގޮތަށް އެ މުބާރާތްތަކާއި މައްރަޒުތައް ހިންގިޔަ ނުދިނުމުގެ މަގްސަދުގައި، އަންނަނިވި ބާވަތުގެ އަމަލެއް ކުރުން:
- އެފަދަ މުބާރާތެއް ނުވަތަ މައްރަޒެއްގައި ހިމެނޭ ބައިވެރިއަކަށް، ނުވަތަ އޮފިށަލަކަށް ނުވަތަ އެފަދަ މުބާރާތަކާ ނުވަތަ މައްރަޒަކާ ގުޅުން ހުރި އެހެންވެސް މީހަކަށް އެއްވެސް މަންފާއެއް ދިނުމަށް ހުށަހެޅުމާއި، ދިނުމާއި، މަންފާއެއްގެ ގޮތުގައި ފައިސާ ދިނުން؛ ނުވަތަ
- އެފަދަ ބައިވެރިއެއްގެ ނުވަތަ އޮފިށަލެއްގެ ނުވަތަ އެނޫންވެސް މީހެއްގެ ހަށިގަނޑަށް ގެއްލުމެއް ލިބިދާފަދަ އަނިޔާއެއް ކޮށްފާނެކަމުގެ ބިރުދެއްކުން؛ ނުވަތަ
- އެފަދަ މުބާރާތަކާ ނުވަތަ މައްރަޒަކާ ގުޅުން ހުރި މީހަކާ ނުވަތަ ޖަނަވާރަކާ ނުވަތަ އެނޫންވެސް އެއްޗަކާ ބެހުން؛
- ވަކި ބާވަތެއްގެ މަންފާއެއް ދިނުމަކީ މި މާއްދާގެ (1) ވަނަ ނަންބަރުގެ ދަށުން ކުށެއްކަމުގައިވާއިރު، އެނގިހުރެ އެފަދަ މަންފާއެއް ހޯދުމާއި ގަބޫލުކުރުން؛ ނުވަތަ
- އާންމުކޮށް އިއްލާންކޮށްގެން ކުރެވޭ އެއްބަސްވުންތަކާއި ހުޅުވާލެވިފައިވާ ބީލަންތަކުގެ މައްޗަށް ހިނގާ ގާނޫނުތަކާ ހިލާފު އަމަލެއް، ކަނޑައެޅިގެން އެނގިހުރެ ކުރުން. ނުވަތަ
- އޭނާ:
- އާންމުކޮށް ހުޅުވާލެވިފައިވާ މުބާރާތަކަށް ނުވަތަ މައްރަޒަކަށް ފައިސާގެ އެހީ ދިނުމާއި، އެފަދަ މުބާރާތްތަކާއި މައްރަޒުތައް ބޭއްވުމާއި އެފަދަ މުބާރާތްތަކާއި މައްރަޒުތަކުގައި ފަނޑިޔާރެއްގެ ގޮތުން ހަރަކާތްތެރިވުމާއި ނުވަތަ އެނޫންވެސް ގޮތަކަށް އެފަދަ ކަމެއްގައި ބައިވެރިވުން؛ އަދި
- މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގެ (i) ގައިވާ އަމަލުކޮށްފައިވަނީ އެފަދަ މައްރަޒުތަކާއި މުބާރާތްތައް ހިންގުމަށް އޮތް އުސޫލުތަކާއި ހަމަތަކާ ހިލާފަށް އެ މައްރަޒެއް ނުވަތަ އެ މުބާރާތެއް ބޭއްވެމުންދާކަން އޭނާއަށް އެނގިގެންވުން.
(ށ) މާނަކުރުން
"މަންފާ" ކަމަށް ބުނެފައި އެވަނީ ދެވޭ ހަދިޔާއަކަށް ނުވަތަ އަގެއް އަދާކުރުމަކުން، ނުވަތަ ފައިސާގެ އަގެއް އެކުލެވިގެން ވިޔަސް އަދި ނުވިޔަސް، ލިބިދޭ މާއްދީ ނުވަތަ ގައިރު މާއްދީ މަންފާއަކަށެވެ.
(ނ) ދަރަޖަކުރުން:
- މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގައިވާ ކުށްކުށަކީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށްކުށެވެ.
- މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައިވާ ކުށަކީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.
ރަހުނު ބެހެއްޓުމަށްފަހު ދަރަނި ދޫކޮށްފައިވާ ފަރާތްތަކަށް އޮޅުވާލުން
316 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) ރަހުނުގެ ގޮތުގައި ބެހެއްޓިފައިވާ މުދަލުގެ މައްޗަށް އަދާކުރަން ޖެހޭ ރަހުނުގެ ދަރަނި އަދާކުރުމަށް ހުރަސްއެޅުމުގެ ނިޔަތުގައި، ރަހުނުގެ ގޮތުގައި ބެހެއްޓިފައިވާ މުދަލެއް ނައްތާލައިފިނަމަ، ނުވަތަ ހުރި ތަނުން ގެންގޮސްފިނަމަ، ނުވަތަ ފޮރުވައިފިނަމަ، ނުވަތަ އޭގެ މައްޗަށް އިތުރު ހައްގެއް އުފައްދައިފިނަމަ، ނުވަތަ އޭގެ މިލްކުވެރިކަން ބަދަލުކޮށްފިނަމަ، ނުވަތަ އެނޫންވެސް ގޮތަކުން އެއިން މުއާމަލާތެއް ކޮށްފިނަމަ، އެކުރަނީ ކުށެކެވެ.
(ށ) ދަރަޖަކުރުން
މި ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
އިފްލާސްކުރެވިފައިވާ ހާލަތުގައި އޮޅުވާލުން
317 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) ގާނޫނާއެއްގޮތްވާ ގޮތުގެމަތިން އެއްވެސް ފަރާތެއް އިފްލާސްކުރެވިފައިވާ ހާލަތުގައި ދަރަނި ދޫކޮށްފައިވާ ފަރާތްތަކުގެ މަސްލަހަތަށްޓަކައި މުދާ ބެލެހެއްޓުމާއި ހިންގުން އެހެން ފަރާތަކާ ހަވާލުކުރުމުގެ މައްސަލަ ފެށެން އުޅޭކަން ނުވަތަ ފެށިފައިވާކަން އެނގިހުރެ ނުވަތަ ކުންފުނި އެހެން ކުންފުންޏަކާ އެއްކޮށްލުމުގެ ނުވަތަ ކުންފުނި އުވާލުމުގެ މަސައްކަތް ކުންފުނީގެ ދަރަނި ދޫކޮށްފައިވާ ފަރާތްތަކުގެ މަސްލަހަތައްޓަކައި ފަށައިފައިވާކަން ނުވަތަ ފަށަން އުޅޭކަން އެނގިހުރެ، އަންނަނިވި ބާވަތުގެ އަމަލެއް ހިންގާ މީހާ އެކުރަނީ ކުށެކެވެ.
- ދަރަނި ދޫކޮށްފައިވާ ފަރާތަކަށް އޮތް ހައްގެއް ނެތިކޮށްލުމަށްޓަކައި ނުވަތަ އެ ހައްގަށް ހުރަސްއެޅުމަށްޓަކައި، އެ މުދަލުން މުއާމަލާތްކުރުން، ނުވަތަ ދަރަނި ދޫކޮށްފައިވާ ފަރާތްތަކުގެ މަސްލަހަތަށްޓަކައި މުދާ ބެލެހެއްޓުމުގެ ގާނޫނެއް ތަންފީޒުކުރުމަށް ހުރަސްއެޅުން؛ ނުވަތަ
- އެ މުދަލާ ގުޅޭ އެއްވެސް ލިޔުމެއް އެނގިހުރެ ސައްހަނޫން ގޮތެއްގައި ބަދަލުކުރުން؛ ނުވަތަ
- ދަރަނި ދޫކޮށްފައިވާ ފަރާތްތަކުގެ މަސްލަހަތަށްޓަކައި މުދާ ބަލަހައްޓައި ހިންގުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވޭ ފަރާތުން އެގޮތުގެމަތިން އެ މުދާ ބަލަހައްޓައި ހިންގައި ހެދުމަށްޓަކައި، ގާނޫނީ ގޮތުން އޭނާއަށް ލިބުން ހައްގު އޮތް މައުލޫމާތެއް ދިނުމަށް މަނާވެގަތުން ނުވަތަ ނުރަނގަޅު މައުލޫމާތު އޭނާއަށް ދިނުން.
(ށ) ދަރަޖަކުރުން
(ށ) މި ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
މާލީ ހާލަތު ދަށްވަމުންދާ މާލީ އިދާރާއަކުން ފައިސާއެއް ޖަމާކުރުމަށް ގަބޫލުކުރުން
318 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) މާލީ އިދާރާއެއް ހިންގާ މީހަކަށްވެހުރެ، ނުވަތަ ހިންގުމުގެ އިރުށާދުދިނުމުގައި ބައިވެރިވާ މީހަކަށްވެހުރެ، އަންނަނިވި އަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ.
- ބޮޑެތި މާލީ ދަތިތަކާހުރެ، އެ އިދާރާގެ ހިންގުން ވަގުތީގޮތުން މެދުކަނޑާލަން ޖެހިފައިވާކަން ނުވަތަ އެތަން އުވާލުމަށްޓަކައި އެތަނުގެ މުދާ ބެލެހެއްޓުމާ ހަވާލުވާނެ މީހަކު އައްޔަންކުރަން ޖެހިފައިވާކަން ނުވަތަ އަލުން އެތަން އިންތިޒާމު ކުރަންޖެހިފައިވާކަން އެނގިހުރެ؛ އަދި
- އެ އިދާރާއަށް ފައިސާ ޖަމާކުރާ ފަރާތަށް އެތަނުގެ މާލީ ދަތިތަކުގެ މައުލޫމާތު އެނގިފައިވޭތޯ ނުވަތަ ނޫންތޯ ބެލުމަށް ފަރުވާލެއް ނުބަހައްޓައި؛ އަދި
- އެނގިހުރެ އެ މާލީ އިދާރާއަށް އެއްވެސް އިންވެސްޓްމަންޓެއް ބަލައިގަތުން ނުވަތަ ބަލައިގަތުން ހުއްދަކުރުން.
(ށ) ދަރަޖަކުރުން
މިކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
ޕިރަމިޑް ސޭލްސް ސްކީމެއްގައި ބައިވެރިވުމުގެ ހައްގު ވިއްކާލުން
319 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) ޕިރަމިޑް ސޭލްސް ސްކީމެއްގައި ބައިވެރިވުމުގެ ހައްގު، އަންނަނިވި ހާލަތްތަކުގައި، އެނގިހުރެ ވިއްކާ މީހާ އެކުރަނީ ކުށެކެވެ.
(ށ) މާނަކުރުން
"ޕިރަމިޑް ސޭލްސް ސްކީމް" ކަމަށް ބުނެފައި އެވަނީ އަންނަނިވި ކަންކަމަށްޓަކައި އެކުލަވައިލެވޭ ކޮންމެ ޕްލޭނެއް، ނުވަތަ ހިންގާ ކޮންމެ މަށްރޫއަކަށެވެ:
- މީހަކު އަގެއް ހުރި އެއްޗެއް ދޫކޮށްލުމުގެ މުގާބިލުގައި، އަގެއް ހުރި އެހެން އެއްޗެއް ލިބިގަތުމުގެ ފުރުސަތު ހޯދުން؛
- މި މާއްދާގެ (ހ) ގައިވާ އަމަލު ހިންގަނީ ވީހާވެސް ގިނަ މީހުން އެކަމުގައި ބައިވެރިވުމަށް ހިތްވަރުދެވޭ ގޮތަށްކަމުގައިވުން؛ އަދި
- އެކަމަކީ އެ ޕްލޭނުގެ ދަށުން ނުވަތަ މަށްރޫއުގެ ދަށުން ވިއްކޭ، ނުވަތަ އަލުން ވިއްކުމަށްޓަކައި ބައިވެރިންގެ މެދުގައި ބަހައިލެވޭ މުދަލުގެ އަދަދުގެ ނިސްބަތަށް އެކަނި ބުރަވެފައި އޮންނަ ޕްލޭނަކަށް ނުވަތަ މަށްރޫއަކަށް ނުވުން.
(ނ) ދަރަޖަކުރުން
މި ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
މާނަކުރުން
320 ވަނަ މާއްދާ - މާނަކުރުން
(ހ) "މަންފާ" އަށް ދީފައިވަނީ މި ގާނޫނުގެ 315 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
(ށ) "ހަށިގަނޑަށް ލިބޭ އަނިޔާ" އަށް ދީފައިވަނީ މި ގާނޫނުގެ 17 ވަނަ މާއްދާގެ (7) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ނ) "ކުންފުނި" އަށް ދީފައިވަނީ މި ގާނޫނުގެ 70 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ރ) "އޮޅުވާލުމުގެ އަމަލު" އަށް ދީފައިވަނީ މި ގާނޫނުގެ 313 ވަނަ މާއްދާގެ (ހ) ގައި ދީފައިވާ މާނަކުރުމެވެ.
(ބ) "ޒިންމާ އުފުލުމުގެ މަސްލަހަތު" އަށް ދީފައިވަނީ މި ގާނޫނުގެ 215 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ޅ) "ޕިރަމިޑް ސޭލްސް ސްކީމް" އަށް ދީފައިވަނީ މި ގާނޫނުގެ 319 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
(ކ) "ހިދުމަތް" އަށް ދީފައިވަނީ މި ގާނޫނުގެ 214 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
(އ) "އޭޖެންޓް" އަށް ދީފައިވަނީ މި ގާނޫނުގެ 70 ވަނަ މާއްދާގެ (ނ) ގެ (4) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ވ) "ލިޔުން" އަށް ދީފައިވަނީ މި ގާނޫނުގެ 310 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
410 ވަނަ ބާބު
އާއިލާއާ ދެކޮޅަށް ކުރެވޭ ކުށް
410 ވަނަ މާއްދާ - ހުއްދަނޫން ކާވެނި
411 ވަނަ މާއްދާ - ހުއްދަނޫން ޖިންސީ ގުޅުން
412 ވަނަ މާއްދާ - ހުއްދަނޫން ޖިންސީ މުއާމަލާތް
413 ވަނަ މާއްދާ - ތިމާގެމީހަކާއެކު ޒިނޭކުރުން ނުވަތަ ޖިންސީ މުއާމަލާތް ހިންގުން
414 ވަނަ މާއްދާ - ދަރިން ބެލެހެއްޓުމަށް އޮތް ވާޖިބާއި، ދަރިންނަށް އަޅާނުލައި ދޫކޮށްލުން
415 ވަނަ މާއްދާ - އަޅާނުލުން
416 ވަނަ މާއްދާ - ހައްޔަރުން ނައްޓުވައިލުން
417 ވަނަ މާއްދާ - މާނަކުރުން
ހުއްދަނޫން ކާވެނި
410 ވަނަ މާއްދާ - ހުއްދަނޫން ކާވެންޏެއް ކުރުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުތަކުން ކުރެ އަމަލެއް ކުރާ މީހާ އެކުރަނީ ކުށެކެވެ.
- ހަތަރު އަނބީންނާއި އިނދެގެން ހުރެ، ނުވަތަ ހަތަރު އަބީންކުރެ އަނތްބަކު އިއްދައިގައިވާ ހާލު، އިތުރު ކާވެންޏެއް ކުރުން؛ ނުވަތަ
- ކާވެންޏެއް މަތީގައި ހުރެ، ނުވަތަ ވަރިކުރި އަންހެނާގެ އިއްދަ ހަމަ ނުވަނީސް އެ އަންހެނާގެ އެއް އިސްމަތުގައި ކާވެނިކުރުން ހަރާމްވެގެންވާ އެހެން އަންހެނަކާ ކާވެނިކުރުން؛ ނުވަތަ
- އަންހެނާގެ އިއްދަ ހަމަވުމުގެ ކުރިން، އެ އަންހެނާ އޭނާ ވަރިކުރި ފިރިހެނާ ނޫން އެހެން މީހަކާ ކާވެނިކުރުން؛ ނުވަތަ
- މީހަކާ އިނދެގެން ހުރި އަންހެނާ އިތުރު ކާވެންޏެއް ކުރުން؛ ނުވަތަ
- ތިންފަށް ވެފައިވާ އަންހެނާގެ ފަށް ނުފިލަނީސް، އޭނާ ތިންފަށް ކުރި ފިރިހެން މީހާއާ ކާވެނިކުރުން؛ ނުވަތަ
- ލިއާން ކުރެވިފައިވާ ދެމީހުން އަލުން ކާވެނިކުރުން؛ ނުވަތަ
- ނަސަބުގެ ސަބަބުން ނުވަތަ އެއްކިރުވުމުގެ ސަބަބުން ނުވަތަ ކާވެނީގެ ގުޅުމުގެ ސަބަބުން، އެ ފިރިހެނަކާ އެ އަންހެނަކާ ދެމީހުން ކާވެނިކުރުން އިސްލާމީ ށަރީއަތުގައި އަބަދުގެ އަބަދަށް ހަރާމްވެގެންވާ ދެމީހުން ކާވެނިކުރުން؛ ނުވަތަ
- އެއް ޖިންސުގެ ދެމީހުން ކާވެނި ކުރުން؛ ނުވަތަ
- އަންހެނަކު، މުސްލިމް ނޫން ފިރިހެނަކާ ކާވެނިކުރުން؛ ނުވަތަ
- ފިރިހެނަކު، އަހުލުކިތާބީއަކުކަމުގައި ނުވާ ގައިރު މުސްލިމަކާ ކާވެނިކުރުން.
(ށ) މާނަކުރުން
- "އަންހެނާގެ އިއްދަ" ކަމަށް ބުނެފައި އެވަނީ:
- ވަރިކުރެވުނު އަންހެނާއަކީ ހައިޒުވާ އުމުރުގެ މީހަކު ކަމުގައިވެފައި، އެ އަންހެނާ އޭނާގެ ފިރިމީހާއާއެކު ކާވެނީގެ މުއްދަތުގެ ތެރޭގައި އެއް ފަހަރުވެސް ޖިމާއުވެފައިވާނަމަ، އަދި ވަރިކުރިއިރު އޭނާ އިނީ ހައްޔަރުގައިކަމަށް ނުވާނަމަ، ވަރިކުރި ދުވަހުން ފެށިގެން 3 ހައިޒާއި 3 ތުހުރު ހަމަވަންދެން ހިނގާ މުއްދަތު؛ ނުވަތަ
- ވަރިކުރެވުނު އަންހެނާއަކީ ހައިޒުނުވާ ނުވަތަ ހައިޒުވުން ހުއްޓިފައިވާ އަންހެނަކު ކަމުގައިވާނަމަ، އަދި އެއަންހެނާ އޭނާގެ ފިރިމީހާއާއެކު ކާވެނީގެ މުއްދަތުގެ ތެރޭގައި އެއް ފަހަރުވެސް ޖިމާއުވެފައިވާނަމަ، ވަރިކުރި ދުވަހުން ފެށިގެން ހަނދުމަހުގެ 3 މަސް ހަމަވަންދެން ހިނގާ މުއްދަތު؛ ނުވަތަ
- ވަރިކުރެވުނު އަންހެނާ އިނީ ހައްޔަރުގައިކަމަށް ވާނަމަ، އޭނާ ވިހެއުމާ ހަމައަށް ހިނގާ މުއްދަތު، ނުވަތަ ހައްޔަރުގައި އިންއިނުން، ނިމުމަކަށް އައުމާހަމައަށް ހިނގާ މުއްދަތު؛ ނުވަތަ
- އަންހެނަކު ކާވެނި ކޮށްގެން ހުއްޓައި، ނުވަތަ ރަޖުއީ ވަރިއެއްގެ އިއްދައިގައި އިންދައި، އޭނާގެ ފިރިމީހާ މަރުވާ ހާލަތުގައި، އެ އަންހެނާ އިނީ ހައްޔަރުގައި ކަމަށް ނުވާނަމަ، އޭނާގެ ފިރިމީހާ މަރުވި ދުވަހުން ފެށިގެން ހަނދުމަހުގެ 4 މަހާއި 10 ދުވަސް ހަމަވަންދެން ހިނގާ މުއްދަތަށެވެ.
(ނ) ދަރަޖަކުރުން
މި މާއްދާގައި ބަޔާންކޮށްފައިވާ ކުށްކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެވެ.
ހުއްދަނޫން ޖިންސީ ގުޅުން
411 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލު ކުރާ މީހާ އެކުރަނީ ކުށެކެވެ.
- ޒިނޭކުރުން؛
- އެއް ޖިންސުން ޖިންސީ ގުޅުން ހިންގުން
(ށ) ދަރަޖަކުރުން: މީހަކާ އިނދެގެންހުރެ އެހެން މީހަކާ ޖިންސީ ގުޅުން ހިންގުމާއި، މީހަކާ ނީނދެހުރެ އެހެން މީހަކާ ޖިންސީ ގުޅުން ހިންގުން
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށަކީ:
- މީހަކާ އިނދެހުރެ، ކުރި ކުށަކަށް ވާނަމަ، އެއީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ؛
- މީހަކާ ނީނދެހުރެ ކާވެންޏެއްގެ މަތީގައި ހުރި މީހަކާއެކު ކުރި ކުށަކަށްވާނަމަ، އެއީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
- މީހަކާ ނީނދެހުރެ، ކާވެންޏެއް މަތީގައިނުވާ މީހަކާއެކު ކުރި ކުށަކަށްވާނަމަ، އެއީ ޖުނަހްގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ.
- މީހަކާ ނީނދެހުރެ ވިޔަސް ނުވަތަ އިނދެގެންހުރެ ވިޔަސް، ނަސަބުގެ ގުޅުމުގެ ސަބަބުން ނުވަތަ އެއްކިރުވުމުގެ ސަބަބުން ނުވަތަ ކާވެނީގެ ގުޅުމުގެ ސަބަބުން، ކާވެނި ހަރާމްވެގެންވާ މީހަކާއެކު ކުރި ކުށަކަށްވާނަމަ، އެއީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
- ނަސަބުގެ ގުޅުމުގެ ސަބަބުން ނުވަތަ އެއްކިރުވުމުގެ ސަބަބުން ނުވަތަ ކާވެނީގެ ގުޅުމުގެ ސަބަބުން، ކާވެނި ހަރާމްވެގެންވާ މީހަކުކަމުގައި ނުވިޔަސް، އޭނާއަކީ އާއިލާއެއްގެ ތެރޭގައި ހާއްސަ މަގާމެއް ދެވިގެންވާ މީހަކު ކަމުގައި ވެފައި، އެ މަގާމު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ކުރި ކުށެއް ކަމަށްވާނަމަ، އެއީ ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.
(ނ) ހަތަރު ހެކިންގެ އުސޫލު
މި މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށް ސާބިތުކުރަނީ، އެ ކުށް ކުރި މީހާގެ އިއުތިރާފު ނުވަތަ ހަތަރު ހެކީންގެ ހެކިބަހުން ނޫން ގޮތުގައި، ޑީ.އެން.އޭ އާއި ހައްޔަރުގައި އިނުމުގެ ގަރީނާ ފަދަ އެކަށީގެންވާފަދަ ގޮތުގައި ގަބޫލުކުރެވިދާނެ ފަދަ ގަރީނާ ނުވަތަ ގަރީނާތަކަކުން ކަމުގައި ވާނަމަ، އެ ކުށަކީ، އެނޫން ހާލަތްތަކުގައި އެ ކުށް ދަރަޖަކުރެވޭ ނިސްބަތަށް ވުރެ އެއް ދަރަޖަ ތިރީގައިވާ ކުށެކެވެ.
(ރ) އިތުރު އަދަބު
މި މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށަށް، މި ގާނޫނުގެ 90 ވަނަ ބާބުގެ ދަށުން ހުއްދަ ކޮށްފައިވާ އަދަބުގެ އިތުރަށް، އިސްލާމީ ށަރީއަތުގައި ކަނޑައެޅިފައިވާ ހައްދު ގާއިމުކުރުމުގެ ގޮތުން، އެމީހެއްގެ ގައިގައި 100 އެތިފަހަރުން ޖަލްދު ކުރަންވާނެއެވެ.
(ބ) އިސްތިސްނާ
މި މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށް، ސާބިތު ކުރަނީ މި މާއްދާގެ (ނ) ގައި ބަޔާންވެގެންވާ ގޮތުގެމަތިންކަމުގައި ވާނަމަ، އެ ކުށަށް ދިނުމަށް މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އަދަބު ދީގެން ނުވާނެއެވެ.
(ޅ) މާނަކުރުން
- "ޒިނޭކުރުން" ކަމަށް ބުނެފައި އެވަނީ ފިރިހެނަކު އޭނާގެ އަނބިމީހާ ނުވަތަ އޭނާ ކުރި ރަޖުއީ ވަރިއެއްގެ އިއްދައިގައި އިން އަންހެނާ ފިޔަވައި، އެހެން އަންހެނެއްގެ ފަރުޖަށް އެ ފިރިހެންމީހާގެ ޒަކަރު ނުވަތަ ޒަކަރުގެ ކުޑަމިންވަރެއް ނަމަވެސް ވެއްދުމަށެވެ.
- "އެއް ޖިންސުން ޖިންސީ ގުޅުން ހިންގުން" ކަމަށް ބުނެފައި އެވަނީ
- ފިރިހެނެއްގެ ފުރަގަސް ފަރާތު ދޮރަށް އެހެން ފިރިހެނަކު އޭނާގެ ގުނަވަނެއް ނުވަތަ އެއްޗެއް ޖިންސީ އަރާމެއް ހޯދުމުގެ ގޮތުން ވެއްދުމަށެވެ. ނުވަތަ ފިރިހެނެއްގެ އަނގައަށް އެހެން ފިރިހެނެއްގެ ޒަކަރު ވެއްދުމަށެވެ. ނުވަތަ،
- އަންހެނެއްގެ ކުރިމަތި ފަރާތު ދޮރަށް ނުވަތަ ފުރަގަސް ފަރާތު ދޮރަށް އެހެން އަންހެނެއްގެ ގުނަވަނެއް ނުވަތަ އެއްޗެއް، ޖިންސީ އަރާމެއް ހޯދުމުގެ ގޮތުން ވެއްދުމަށެވެ.
- "ޖަލްދުކުރުން" ކަމަށް ބުނެފައި އެވަނީ، ހަށިގަނޑަށް ނުރައްކާތެރި އަނިޔާ ނުލިބޭނޭ ގޮތެއްގެމަތިން، އަދަބެއް ރަމްޒުކޮށްދިނުމުގެ ގޮތުން، ހަންމުށިން ނުވަތަ ދުއްރައިން މީހެއްގެ ގައިގާ ތަޅާތެޅުމަށެވެ. ޖަލްދު ކުރާހިނދު، އެ އަދަބަކަށް ހުއްދަ ކުރެވިގެންވާ ހުރިހާ އެތިފަހަރެއް ޖަހަންވާނީ އެކަކެވެ. އަދި ޖަލްދުކުރާ މީހާގެ އަތުގެ ކުޑަހުޅު ނޫނީ ލަންބައިގެން ނުވާނެއެވެ. އަދި އޭނާގެ އަތުގެ މުލައްދަނޑިއަށް އެއްވެސް ބާރެއް ލައިގެން ނުވާނެއެވެ. ނުވަތަ ކޮނޑާއި އުނަގަނޑާއި ފުރަގަހާއި ފަޔާއި ފުންނާބުގެ ހަރަކާތެއްގެ ބާރު ބޭނުން ކޮށްގެން ނުވާނެއެވެ.
ހުއްދަނޫން ޖިންސީ މުއާމަލާތް
412 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ:
- ކާވެންޏެއްގެ މަތީގައި ހުރި މީހަކު، ތިމާގެ އަނބިމީހާ ނޫން، ނުވަތަ ފިރިމީހާ ނޫން މީހަކާއެކު ހިންގި ޖިންސީ މުއާމަލާތެއްނަމަ، އެ ކުށަކީ ޖުނަހުގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
- މީހަކާ ނީނދެ ހުރި މީހަކު، ކާވެންޏެއްގެ މަތީގައިހުރި އެހެން މީހަކާ އެކު ހިންގި ޖިންސީ މުއާމަލާތެއްނަމަ، އެ ކުށަކީ ޖުނަހްގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ.
- މީހަކާ ނީނދެހުރި މީހަކު، މީހަކާ ނީނދެހުރި އެހެން މީހަކާއެކު ހިންގި ޖިންސީ މުއާމަލާތެއްނަމަ، އެކުށަކީ ޖުނަހްގެ 3 ވަނަ ދަރަޖައިގެ
- ޖަނަވާރަކާއެކު ޖިންސީ އަމަލެއް ހިންގައިފިނަމަ، އެއީ ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.
- މީހަކާ ނީނދެހުރެ ވިޔަސް ނުވަތަ އިނދެގެންހުރެ ވިޔަސް، ނަސަބުގެ ގުޅުމުގެ ސަބަބުން ނުވަތަ އެއްކިރުވުމުގެ ސަބަބުން ނުވަތަ ކާވެނީގެ ގުޅުމުގެ ސަބަބުން، ކާވެނި ހަރާމްވެގެންވާ މީހަކާއެކު ހިންގި ޖިންސީ މުއާމަލާތެއްނަމަ، އެއީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.
- ނަސަބުގެ ގުޅުމުގެ ސަބަބުން ނުވަތަ އެއްކިރުވުމުގެ ސަބަބުން ނުވަތަ ކާވެނީގެ ގުޅުމުގެ ސަބަބުން، ދާއިމީގޮތެއްގައި ކާވެނި ހަރާމްވެގެންވާ މީހަކުކަމުގައި ނުވިޔަސް، އޭނާއަކީ އާއިލާއެއްގެ ތެރޭގައި ހާއްސަ މަގާމެއް ދެވިގެންވާ މީހަކު ކަމުގައި ވެފައި، އެ މަގާމު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ހިންގި ޖިންސީ މުއާމަލާތެއްނަމަ، އެއީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
(ށ) ކުށް ކަނޑައެޅުން
ތިމާއާ އެއްޖިންސުގެ މީހަކާއެކު ޖިންސީ މުއާމަލާތެއް ހިންގާ މީހާ އެކުރަނީ ކުށެކެވެ.
(ނ) މާނަކުރުން
"ހުއްދަނޫން ޖިންސީ މުއާމަލާތް" ކަމަށް ބުނެފައި އެވަނީ، ތިމާއާ އެއް ޖިންސުގެ މީހަކާއެކު ނުވަތަ ތިމާ އިނދެގެންއުޅޭ މިހާ ފިޔަވައި، އެހެން މީހަކާއެކު ނުވަތަ ޖަނަވާރަކާއެކު ޖިންސީ އަރާމެއް ހޯދުމުގެ ބޭނުމުގައި، މި ގާނޫނުގެ 411 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދެ ކުށަށް ނުހިމެނޭ ގޮތުން ހިންގާ ބަދު އަހްލާގީ އަމަލުތަކަށެވެ.
ތިމާގެމީހަކާއެކު ޒިނޭކުރުން ނުވަތަ ޖިންސީ މުއާމަލާތް ހިންގުން
413 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) މީހަކު އަމިއްލަ އިހްތިޔާރުގައި އޭނާގެ ތިމާގެމީހަކާ ޒިނޭކުރާނަމަ ނުވަތަ އެނޫންވެސް ޖިންސީ ގުޅުމެއް ހިންގާނަމަ، އޭނާ އެކުރަނީ ކުށެކެވެ.
(ށ) ދަރަޖަކުރުން
- ކުށްކުރި މީހާއަކީ އޭނާއާއެކު ޒިނޭކުރި ނުވަތަ ޖިންސީ މުއާމަލާތް ހިންގި މީހާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ މާމަ ނުވަތަ ކާފަ ނުވަތަ މުނިމާމަ ނުވަތަ މުނިކާފައާ އެކުގައިކަމަށްވާނަމަ، އެއީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ؛
- އެނޫން ހާލަތްތަކުގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށަކީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ؛
- އިތުރު އަދަބު ހުއްދަކުރުން
މި ގާނޫނުގެ 90 ވަނަ ބާބުގެ ދަށުން ހުއްދަ ކޮށްފައިވާ އަދަބުގެ އިތުރަށް، މި ގާނޫނުގެ 411 ވަނަ މާއްދާގެ (ޅ) ގެ (3) ވަނަ ނަންބަރުގައިވާ ފަދައިން 19 އެތިފަހަރުން ޖަލްދުކުރުން، މި ކުށަށް ހުއްދަކުރެވިގެންވެއެވެ. - "ޖަލްދުކުރުން" ކަމަށްބުނެފައި އެވަނީ ހަށިގަނޑަށް ނުރައްކާތެރި އަނިޔާއެއް ނުލިބޭނެ ގޮތުގެމަތިން އަދަބެއް ރަމްޒުކޮށްދިނުމުގެ ގޮތުން ސާޅީސް އެތިފަހަރު ހަމަނުކޮށް، ހަންމުށިން ނުވަތަ ދުއްރައިން، މި ގާނޫނުގެ 411 ވަނަ މާއްދާގެ (ޅ) ގެ 3 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ތަޅާ ތެޅުމަށެވެ.
(ނ) އަދަބު ކަނޑައެޅުމުގައި ބަލާނެ ނުކުތާ
ކުށްކުރި މީހާއަކީ މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މީހަކު ކަމުގައި ނުވިނަމަވެސް، އޭނާއަކީ އާއިލާއެއްގެ ތެރޭގައި ހާއްސަ މަގާމެއް ދެވިގެންވާ މީހަކު ކަމުގައި ވެފައި، މި މާއްދާގައި ބަޔާންކޮށްފައިވާ ކުށް އޭނާކުރީ، އެ މަގާމު ނަހަމަގޮތުގައި ބޭނުންކޮށްގެން ކަމަށްވާނަމަ އޭނާއަށް ކަނޑައަޅާނީ އަދަބުގެ އަސާސީ މިންގަނޑަށްވުރެ އެއް ދަރަޖަ މަތީ އަދަބެކެވެ.
(ރ)
- "ތިމާގެ މީހުން" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް މީހަކާ އާއިލީ ގުޅުންހުރި މީހުންނަށެވެ:
- މަންމަ ނުވަތަ ބައްޕަ، ކާފަ އެއް ނުވަތަ މާމައެއް، މުނިކާފައެއް، ނުވަތަ މުނިމާމައެއް؛
- ދަރި ނުވަތަ ކާފަދަރިން ނުވަތަ މުނިކާފަދަރިން؛
- އެއްބަނޑުއެއްބަފާ މީހާ، ނުވަތަ އެއްބަނޑު މީހާ ނުވަތަ އެއްބަފާ މީހާ؛
- ބޮޑުދައިތަ، މުނިބޮޑުދައިތަ، ބޮޑުބޭބެ، މުނިބޮޑުބޭބެ، ނުވަތަ ތިމާއަށް ބޮޑުބޭބެ ކިޔާ އަންހެން ކުއްޖާ ނުވަތަ ފިރިހެން ކުއްޖާ؛ ނުވަތަ
- އަނބިމީހާގެ ނުވަތަ ފިރިމީހާގެ ބައްޕަ، ނުވަތަ އަނބިމީހާގެ ނުވަތަ ފިރިމީހާގެ މަންމަ، ނުވަތަ އަނބިމީހާގެ ނުވަތަ ފިރިމީހާގެ އަންހެން ދަރިފުޅު، ނުވަތަ އަނބިމީހާގެ ނުވަތަ ފިރިމީހާގެ ފިރިހެން ދަރިފުޅު؛ ނުވަތަ
- އެއްކިރުވުމުގެ ސަބަބުން އަހަކަށްވާ ފިރިހެނާ ނުވަތަ އުހުތަކަށްވާ އަންހެނާ؛ ނުވަތަ
- މި މާއްދާގެ (ރ) ގެ (i) އިން ފެށިގެން (ރ) ގެ (2) ވަނަ ނަންބަރުގެ (v) އަށް ބަޔާންކޮށްފައިވާ ގުޅުމުގެ ތެރެއިން ގުޅުމެއް ކާވެނީގެ ގުޅުމުގެ ސަބަބުން އުފެދިފައިވާ މީހާ.
ދަރިން ބެލެހެއްޓުމަށް އޮތް ވާޖިބާއި، ދަރިންނަށް އަޅާނުލައި ދޫކޮށްލުން
414 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) މަންމައަކަށް ނުވަތަ ބައްޕައަކަށް ނުވަތަ ބެލެނިވެރިއަކަށް ހުރެ، ނުވަތަ ކުއްޖަކު އޭނާގެ ހަވާލުގައިވާ މީހާކަމުގައި ހުރެ، ނުވަތަ ކުއްޖަކު ބެލުން ހަވާލުވެފައިވާ މީހަކަށް ހުރެ، އަންނަނިވި އަމަލުތަކުން އަމަލެއް ކުރާ މީހާ އެކުރަނީ ކުށެކެވެ:
-
- ކުއްޖާގެ ސިއްހަތަށް ނުވަތަ ރައްކާތެރިކަމަށް ނުވަތަ މަސްލަހަތަށް އެކަށީގެންނުވާ ގޮތެއްގައި އުނިކަން އަތުވެދާނެ ފަދަ ހާލަތެއްގައި؛ އަދި
- ސާދަ (14)އަހަރަށްވުރެ ދޮށީ މީހަކު ނުބަހައްޓައި 24 ގަޑިއިރަށް ނުވަތަ އެއަށް ވުރެ ގިނަ އިރަށް 14 އަހަރު ނުފުރޭ ކުއްޖަކު ދޫކޮށްލުން؛
- މި ގާނޫނުގެ 110 ވަނަ ބާބާއި 120 ވަނަ ބާބާއި 130 ވަނަ ބާބުގައި ބާޔަންކޮށްފައިވާފަދަ ކުށްތަކުގެ ތެރެއިން ކުށެއް ކުރުމަކީ، އެކަށީގެންވާ ކަމެއްކަން އެނގިހުރެ އެފަދަ ކުށެއް އެކުއްޖާއާމެދު ހިނގިޔަ ނުދިނުމަށް އަޅަން ޖެހޭ އެކަށީގެންވާ ފިޔަވަޅުތައް އަޅާފައި ނުވުން؛
- އެކުއްޖާ ވިހޭކަން ރަޖިސްޓަރީކުރުމަށް ކުރަންޖެހޭ ކަންކަން ކޮށްފައިނުވުން.
(ށ) ކުއްޖާގެ ސިއްހަތަށް ނުވަތަ ސަލާމަތަށް ނުވަތަ މަސްލަހަތަށް އެކަށީގެންނުވާ އުނިކަން ލިބިދާނެކަމަށް ބެލެވޭ ހާލަތު ބަލާނެ ގޮތް
ވަކި ހާލަތަކީ، ކުއްޖާގެ ސިއްހަތަށް ނުވަތަ ރައްކާތެރިކަމަށް ނުވަތަ މަސްލަހަތަށް އެކަށީގެންނުވާ އުނިކަން ލިބިދާނެ ހާލަތެއްކަމަށް، ފަނޑިޔާރަކު ކަނޑައެޅުމުގައި އަންނަނިވި ނުކުތާތަކަށް ސަމާލުކަން ދޭން ވާނެއެވެ؛
- ކުއްޖާގެ އުމުރާއި ކުއްޖާ ބޮޑުވަމުން އައިސްފައިވާ ގޮތް؛ އަދި
- ކުއްޖާ ދޫކޮށްލި ދޫކޮށްލުން ނިސްބަތްވެގެންވަނީ މާލީ ގޮތުން ދިމާވި ދަތިކަމަކަށް ނުވަތަ ބައްޔަކަށް؛ އަދި
- ކުއްޖާގެ ސިއްހަތަށްޓަކައި ނުވަތަ ސަލާމަތަށްޓަކައި ނުވަތަ މަސްލަހަތަށްޓަކައި، ކުއްޖާއަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދިނުމަށް، ހެޔޮނިޔަތުގައި މަސައްކަތްކޮށްފައިވާނަމަ، އެކަން.

އަޅާނުލުން
415 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އެހީތެރިވެދެވޭނެ ގާބިލުކަން ހުރެ، އަންނަނިވި އަމަލުތަކުން އަމަލެއް ކުރާ މީހާ، އެކުރަނީ ކުށެކެވެ:
- އަންނަނިވި މީހުންނަށް އެހީތެރިކަން ފޯރުކޮށްނުދިނުން:
- އަށާރަ (18) އަހަރު ނުވާ އޭނާގެ ދަރިފުޅު؛ ނުވަތަ
- ފަންސާސް (50) އަހަރަށްވުރެ ދޮށި ނުވަތަ ނުކުޅެދިގެންވާ ހާލަތެއްގައިވާ އޭނާގެ މައިންބަފައިން:
- އޭނާގެ ނުކުޅެދިގެންވާ އަނބިމީހާ ނުވަތަ ފިރިމީހާ؛ އަދި
- މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ އަމަލު ހިންގާފައިވަނީ އަންނަނިވި ކަންކަން އޭނާއަށް އެނގިފައިވާ ހާލަތުގައި ކަމުގައިވުން:
- އެ މާއްދާގައ ބުނެފައިވާ ފަރާތަކީ ނުވަތަ ފަރާތްތަކަކީ ހަރަދުގެ ފައިސާއަށް ބޭނުންވެފައިވާ މީހެއްކަން؛ ނުވަތަ
(ހ)ކޯޓެއްގެ ނުވަތަ އިދާރީ އަމުރެއްގެ ދަށުން ހަރަދުގެ ފައިސާ ލިބެން ޖެހޭ މީހެއްކަމުގައިވެ، އެފައިސާ ނުލިބި 6 މަސްދުވަހަށްވުރެ ދިގުމުއްދަތެއް ފާއިތުވުން އަދި ލިބެންޖެހޭ ފައިސާގެ ޖުމްލަ އަދަދު 1500 ރުފިޔާ އަށްވުރެ އިތުރުވެފައިވުން.
(ށ) އެ ފައިސާ ނުލިބި:

1. 6 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއް ފާއިތުވެފައިވާ ކަން؛ ނުވަތަ
2. ލިބެންޖެހޭ ފައިސާގެ ޖުމްލަ އަދަދު 1,500 ރުފިޔާއަށްވުރެ އިތުރުވެފައިވާކަން.
(ށ) ނުކުޅެދިގެންވުން
މި މާއްދާގެ މަގްސަދަށްޓަކައި ނުކުޅެދިގެންވުން މާނަކޮށްދެނީ މަސައްކަތެއް ކޮށްގެން ތިމާ އަމިއްލައަށް ތިމާގެ ދިރިއުޅުން ކުރިއަށް ގެންދިއުމަށް މާއްދީ ގޮތުން ނުވަތަ ބުއްދީގެ ގޮތުން ނުކުޅެދިގެންވާ ހާލަތަށެވެ.
(ނ) ދަރަޖަކުރުން
މި ކުށަކީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.
ހައްޔަރުން ނައްޓުވައިލުން
416 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) މީހަކު ހައްޔަރުގައިއިނދެ ފުރަތަމަ 120 ދުވަސް ފުރިހަމަވާ ފަހުން، އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް ކުރާމީހާ، އެކުރަނީ ކުށެކެވެ.
- ދަރިޔަކު އުފަންކުރުންކަމަށް ނުވާ ގޮތުގެމަތިން މީހަކު ހައްޔަރުގައި އިން އިނުން ގަސްދުގައި ހުއްޓުވާލުން؛
- ހައްޔަރުގައި އިން އަންހެނާ، އަމިއްލައަށް، ނުވަތަ އެހެން މީހެއްގެ އެހީއާއެކު ވަކި ބާވަތެއްގެ އާލާތެއް، ނުވަތަ ހަތިޔާރެއް، ނުވަތަ ބޭހެއް ބޭނުންކޮށްގެން ނުވަތަ އަމިއްލައަށް އަނިޔާ ލިބިގަނެގެން، ދަރިޔަކު އުފަންކުރުންކަމަށް ނުވާގޮތެއްގައި، ހައްޔަރުގައި އިން އިނުން އަމިއްލައަށް ހުއްޓުމަކަށް ގެނައުން:
(ށ) ގެއްލުމެއް ލިބިދާނެ ކަމުގެ ބިރު އުފެދޭ މައިން އިސްތިސްނާވެގެންވުން
މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ އަމަލު އަންނަނިވި ހާލަތްތަކުގައި ކުށެއްކަމަކަށް ނުބެލެވޭނެއެވެ:
- ކުށުގެ އަމަލު ކުރާ މީހަކީ:
- މަންމަޔަކަށްވުން؛ ނުވަތަ
- ހުއްދަލިބިގެންވާ ސިއްހީ މަސައްކަތް ތެރިއަކަށްވުން؛ އަދި
- އެގޮތަށް ހައްޔަރުގައި އިނުމުގެ ސަބަބުން ހައްޔަރުގައި އިން އަންހެނާގެ ފުރާނައަށް ގެއްލުން ލިބިދާނެކަމަށް، ހުއްދަ ލިބިގެންވާ ސިއްހީ މަސައްކަތްތެރިއަކު ކަނޑައަޅާފައިވުން.
(ނ) ހައްޔަރުގައިއިނަ ނުދިނުމަށް މަސައްކަތްކުރުން އިސްތިސްނާވުން
ބަލިވެއިނދެދާނެ ގޮތްތައް ބަންދުކޮށްގެން، ނުވަތަ ބަލިވެއިނުމުގެ ކުރިން، ނުވަތަ އެ ވަގުތު ނުވަތަ އެ ވަގުތަށްފަހު މަސައްކަތްކުރާ ވަސީލަތެއް މެދުވެރިކޮށްގެން ނަމަވެސް، ހައްޔަރުގައިއިނަ ނުދިނުމަށްޓަކައި، ބޭހެއް ނުވަތަ އެހެންވެސް މާއްދާއެއް ލިޔެދިނުމަކީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ ދާއިރާ ތެރޭގައި ހިމެނިގެންވާކަމެއް ނޫނެވެ.
(ރ) ތިމާގެމީހަކު ހިންގާ ޖިންސީ ގުޅުމެއްގެ ސަބަބުން ނުވަތަ އެނޫންވެސް އެފަދަ ޖިންސީ ގުޅުމެއްގެ ސަބަބުން ހައްޔަރުގައި އިންނަ ހާލަތްތަކުގައި އިސްތިސްނާ ލިބިގެންވުން
އަންހެނަކު، ހައްޔަރުގައި އިނީ، އަންނަނިވި ހާލަތްތަކުން ހާލަތެއްގެ ސަބަބުން ކަމުގައިވާނަމަ އެގޮތުން ހައްޔަރުގައި އިން އިނުން ހުއްޓުވުމަކީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ:
- މި ގާނޫނުގެ 130 ވަނަ މާއްދާގެ ދަށުން ތިމާއާމެދު ހިންގޭ ޖިންސީ މުއާމަލާތެއްގެ ސަބަބުން؛ ނުވަތަ
- މި ގާނޫނުގެ 413 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ހާލަތުގައި ތިމާގެމީހަކު ތިމާއާ ޖިންސީ ގުޅުން ހިންގުން.
(ބ) ދަރަޖަކުރުން
މި ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
މާނަކުރުން
417 ވަނަ މާއްދާ - މާނަކުރުން
(ހ) "ތިމާގެ މީހުން" އަށް ދީފައިވަނީ މި ގާނޫނުގެ 413 ވަނަ މާއްދާގެ (ރ) ގައި ދީފައިވާ މާނަކުރުމެވެ.
(ށ) "ގާބިލުކަން ނެތް" އަށް ދީފައިވަނީ މި ގާނޫނުގެ 27 ވަނަ މާއްދާގެ (ރ) ގައިވާ މާނަކުރުމެވެ.
(ނ) "ޖިންސީ އަމަލު" އަށް ދީފައިވަނީ މި ގާނޫނުގެ 131 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
510 ވަނަ ބާބު
ދައުލަތް ހިންގުމާ ދެކޮޅަށް ކުރެވޭ ކުށް
ރިށްވަތު ދިނުމާއި ރަސްމީ ހައިސިއްޔަތުން އަދާކުރާ ވަޒީފާގައި ހިންގާ ހުއްދަނޫން ކަންކަމުގެ ކުށް
510 ވަނަ މާއްދާ - ރިށްވަތު
511 ވަނަ މާއްދާ - ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުން
512 ވަނަ މާއްދާ - ރަސްމީ ވާޖިބު އަދާކުރުމުގައި ހިންގާ އެކަށީގެންނުވާ އަމަލު
513 ވަނަ މާއްދާ - ނަހަމަ ގޮތުގައި ރަސްމީ ހައިސިއްޔަތު ނުވަތަ މައުލޫމާތު ބޭނުންކުރުން
514 ވަނަ މާއްދާ - ސިއްރު މައުލޫމާތު ހުއްދަނޫން ގޮތުގައި ހާމަކުރުން
515 ވަނަ މާއްދާ - މާނަކުރުން
ރިށްވަތު
510 ވަނަ މާއްދާ - ރިށްވަތު (މުޅި މާއްދާ އިސްލާހު ކުރެވިފައި)
އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލު ކުރާ މީހާ، އެކުރަނީ ކުށެކެވެ:
- ދައުލަތުގެ މުވައްޒަފަކަށްވެހުރެ، އޭނާއަށް ނުވަތަ އެހެން މީހަކަށް ނުވަތަ ފަރާތަކަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ވިޔަސް މަންފާއެއް ހޯދުމަށް އެދުމާއި ނުވަތަ އަމުރުކުރުމާއި، ނުވަތަ ބަލައިގަތުމާއި ނުވަތަ ގަބޫލުކުރުމާއި، ނުވަތަ ބަލައިގަތުމަށް ނުވަތަ ގަބޫލުކުރުމަށް އެއްބަސްވުމާއެކު؛ އަދި
- އެ އަމަލެއް ހިންގާފައިވަނީ، އެ މުވައްޒަފަކު ގާނޫނީގޮތުން އަދާކުރަންޖެހޭ ރަސްމީ ވާޖިބަކާ ހިލާފަށް ވަކި ކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް ނުފޫޒަކަށްވާގޮތަށް އެކަމުގެ މުގާބިލުގައިކަމަށްވުން.
(ށ) ރިށްވަތު ހުށަހެޅުން
އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލު ކުރާ މީހާ، އެކުރަނީ ކުށެކެވެ:
- ދައުލަތުގެ މުވައްޒަފަކަށް ނުވަތަ އެހެން މީހަކަށް ނުވަތަ ފަރާތަކަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ވިޔަސް މަންފާއެއް ލިއްބައިދިނުމާއި ނުވަތަ ހުށަހެޅުމާއި ނުވަތަ ލިއްބައިދިނުމަށް ނުވަތަ ހުށަހެޅުމަށް ވައުދުވުމާއެކު؛ އަދި
- އެ އަމަލު ހިންގާފައިވަނީ، އެ މުވައްޒަފަކު ގާނޫނީގޮތުން އަދާކުރަންޖެހޭ ރަސްމީ ވާޖިބަކާ ހިލާފަށް ވަކި ކަމެއް ކުރުމަށް ނުވަތަ ވަކި ކަމެއް ނުކޮށް ދޫކޮށްލުމަށް ނުފޫޒު ފޯރުވުމުގެ ނިޔަތުގައި ކަމަށްވުން.
(ނ) ބޭރު ދައުލަތެއްގެ ނުވަތަ ބައިނަލްއަގްވާމީ ޖަމްއިއްޔާއެއްގެ މުވައްޒަފަކަށް ހުށަހެޅުން
އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލު ކުރާ މީހާ، އެކުރަނީ ކުށެކެވެ:
- ބޭރު ދައުލަތެއްގެ މުވައްޒަފަކަށް ނުވަތަ ބައިނަލްއަގްވާމީ ޖަމްއިއްޔާއެއްގެ މުވައްޒަފަކަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ވިޔަސް މަންފާއެއް ލިއްބައިދިނުމާއި، ނުވަތަ ހުށަހެޅުމާއި ނުވަތަ ވައުދުވުމާއެކު؛ އަދި
- އެ އަމަލެއް ހިންގާފައިވަނީ، ބޭރު ދައުލަތުގެ މުވައްޒަފު ނުވަތަ ބައިނަލްއަގްވާމީ ޖަމްއިއްޔާގެ މުވައްޒަފު، ގާނޫނީގޮތުން އަދާކުރަންޖެހޭ ރަސްމީ ވާޖިބަކާ ހިލާފަށް ވަކި ކަމެއް ކޮށްގެން ނުވަތަ ނުކޮށް ދޫކޮށްލައިގެން އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް ހާސިލުކުރުމަށް ނުފޫޒުފޯރުވުމުގެ ނިޔަތުގައި ކަމަށްވުން.
i. ބައިނަލްއަގްވާމީ ވިޔަފާރިއަކާ ގުޅޭގޮތުން، އެ ވިޔަފާރިއެއް ލިބިގަތުމަށްޓަކައި ނުވަތަ ދެމެހެއްޓުމަށްޓަކައި؛ ނުވަތަ
ii. އެފަދަ ވިޔަފާރިއެއް ހިންގުމަށް މަންފާއެއް ލިބިގަތުމަށްޓަކައި.
(ރ) މާނަކުރުން
"ރަސްމީ ހައިސިއްޔަތު" ކަމަށް ބުނެފައި އެވަނީ ދައުލަތުގެ މުވައްޒަފަކު، ރަސްމީ ގޮތުން އަދާކުރަންޖެހޭ ދައުލަތުގެ ވާޖިބެއްގެ ދަށުން ކުރާ ކަންކަމަށާއި ނުކޮށް ދޫކޮށްލާ ކަންކަމަށެވެ. ނުވަތަ ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް މަންފާއެއް ދިނުމަށް ނުވަތަ ނުދިނުމަށް ދައުލަތުގެ މުވައްޒަފަކަށް، ލިބިދޭ ބާރުގެ ބޭނުންކުރުމަށާއި ބޭނުންނުކުރުމަށެވެ.
(ބ) ދަރަޖަކުރުން
މި މާއްދާގެ (ހ)، (ށ) އަދި (ނ) ގައި ބަޔާންކޮށްފައިވާ ކުށަކީ، ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.
ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުން
511 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) ރަސްމީ ހައިސިއްޔަތުން ދައުލަތުގެ މުވައްޒަފަކު ކުރާކަމަކަށް ނުފޫޒު ފޯރުވުމުގެ މަގްސަދުގައި، އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް ކުރާމީހާ އެކުރަނީ ކުށެކެވެ:
- ކުށެއް ކުރުން ނުވަތަ ކުށެއް ކޮށްފާނެކަމުގެ ބިރުދެއްކުން؛ ނުވަތަ
- ގާނޫނުގައި މަނާކޮށްފައިވާ ގޮތެއްގެމަތިން، ސީދާ ނުވަތަ ނުސީދާ ގޮތެއްގައި ނަމަވެސް، ދައުލަތުގެ މުވައްޒަފަކާއެކު މުއާސަލާތެއް ހިންގުން.
(ށ) ދަރަޖަކުރުން: ބިރުދައްކައިގެން، ރަސްމީ ވާޖިބަށް ނުފޫޒު ފޯރުވުން
- މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށަކީ، ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
- އެނޫން ހާލަތްތަކުގައި އެއީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.
ރަސްމީ ވާޖިބު އަދާކުރުމުގައި ހިންގާ އެކަށީގެންނުވާ އަމަލު
512 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) ދައުލަތުގެ މުވައްޒަފަކަށްހުރެ ރަސްމީ ހައިސިއްޔަތުން އޭނާގެ ވާޖިބު އަދާކުރުމުގައި އެނގިހުރެ އަންނަނިވި އަމަލުތަކުން އަމަލެއް ކުރާ މީހާ އެކުރަނީ ކުށެކެވެ:
- ގާނޫނުގައިވާ ގޮތުގެމަތިން އަދާކުރަން ޖެހޭ ވާޖިބެއް އަދާނުކޮށް ދޫކޮށްލުން؛ ނުވަތަ
- ގާނޫނުގައި ހުއްދަކޮށްފައިނުވާ ކަމެއް ކުރުން.
(ށ) ދަރަޖަކުރުން
މި ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
(ނ) އަދަބު ކަނޑައެޅުމުގައި ބަލާ ނުކުތާ
މި ގާނޫނުގެ 1004 ވަނަ މާއްދާގައިވާ އަދަބު ކަނޑައެޅުމުގެ މިންގަނޑުތަކުގެ ތާވަލުގައި ބަޔާންކޮށްފައިވާ ހުކުމް ކަނޑައެޅުމުގެ މިންގަނޑުގެ އެންމެ އަސާސީ މިންގަނޑުގައި ހިމެނޭ އަދަބު، މި މާއްދާގައި ބަޔާންކުރާ ކޮންމެ ކުށަކަށް އެއް ދަރަޖަ މައްޗަށް އުފުލިގެންވެއެވެ. އެއީ، ދައުލަތުގެ މުވައްޒަފަކު، އެ ކުށްކޮށްފައިވަނީ ތިމާއަށް ނުވަތަ ތިމާގެމީހަކަށް ނުވަތަ ރަހްމަތްތެރިއަކަށް މަންފާއެއް ހޯދައިދިނުމުގެ މުގާބިލުގައިކަމަށް ވާނަމައެވެ.
ނަހަމަ ގޮތުގައި ރަސްމީ ހައިސިއްޔަތު ނުވަތަ މައުލޫމާތު ބޭނުންކުރުން
513 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލު ކުރާ މީހާ، އެކުރަނީ ކުށެކެވެ:
- ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން އޭނާއަށް ލިބިގެންވާ ސިއްރު މައުލޫމާތުގެ ނަހަމަ ބޭނުންކުރުން؛ އަދި
- ތިމާއަށް ނުވަތަ އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް، މަންފާއެއް ހޯދައިދިނުމުގެ މަގްސަދުގައި، އެކަން ކުރުން.
(ށ) ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުން
އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ، އެކުރަނީ ކުށެކެވެ.
- ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން އޭނާއަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތުގެ ނުވަތަ އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރުން؛ އަދި
- ތިމާއަށް ނުވަތަ އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ މަގްސަދުގައި، އެކަން ކުރުން.
(ނ) ދަރަޖަކުރުން
މި ކުށް ކުށަކީ، ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
ސިއްރު މައުލޫމާތު ހުއްދަނޫން ގޮތުގައި ހާމަކުރުން
514 ވަނަ މާއްދާ - ކުށް ކަނޑައެޅުން

- ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން އޭނާގެ މައްޗަށް ލާޒިމުވެގެންވާ ވާޖިބަކާ ހިލާފުވެވޭކަން އެނގިހުރެ؛ އަދި
- ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން އޭނާއަށް ލިބިފައިވާ ސިއްރު މައުލޫމާތު ހާމަކުރުން.
(ށ) ދަރަޖަކުރުން
މިކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް (އިތުރު ކުރެވިފައި)
515 ވަނަ މާއްދާ - ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް
(ހ) ކުށް ކަނޑައެޅުން
އަންނަނިވި ހާލަތްތަކުގައި، އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކުރާ މީހާ، އެކުރަނީ ކުށެކެވެ.
- ދައުލަތުގެ މުވައްޒަފެއްގެ މަގާމުގައި ހުރި މީހަކު، އޭނާ އަދާކުރި ވަޒީފާގައި ލިބެމުންދިޔަ ނުވަތަ އަދާކުރާ ވަޒީފާއިން ލިބެމުންދާ އާމްދަނީއާ ނުބައްދަލު މިންވަރަކަށް ދިރިއުޅުމުގެ ފެންވަރު ގާއިމުކޮށްފައިވުން ނުވަތަ އެފަދައިން ގާއިމުކުރާ ދިރިއުޅުމުގެ ފެންވަރު ދަމަހައްޓާފައިވުން؛ ނުވަތަ
- ދައުލަތުގެ މުވައްޒަފެއްގެ މަގާމުގައި ހުރި މީހަކު، އޭނާ އަދާކުރި ވަޒީފާގައި ލިބެމުންދިޔަ ނުވަތަ އަދާކުރާ ވަޒީފާއިން ލިބެމުންދާ އާމްދަނީއާ ނުބައްދަލު މިންވަރަކަށް އޭނާގެ ނަމުގައި ނުވަތަ އޭނާއާ އާއިލީ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައި މުދާ ނުވަތަ ފައިސާ ހޯދުން ނުވަތަ މިލްކުކުރުން ނުވަތަ އެއިން ފަރާތެއްގެ ކޮންޓްރޯލްގެ ދަށުގައި ބެހެއްޓުން؛ އަދި
- އެއްވެސް މީހެއްގެ ނަމުގައި، ނުވަތަ އޭނާއާ އާއިލީ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައިވާ މުދަލަކީ ނުވަތަ ފައިސާއަކީ ނުވަތަ ގާއިމުކޮށްފައިވާ ދިރިއުޅުމުގެ ފެންވަރަކީ، ޖިނާއީ ބޮޑު ކުށެއްގެ އަމަލުން ހޯދި ފައިސާއެއްކަމަށް ނުވަތަ މުދަލެއްކަމަށް ނުވަތަ ގާއިމުކޮށްފައިވާ ދިރިއުޅުމުގެ ފެންވަރެއްކަމަށް ގަބޫލުކުރުމަށް އެކަށީގެންވާ ހެކި ހުރުން؛ އަދި
- މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރު، އަދި (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މުދާ ނުވަތަ ފައިސާ ނުވަތަ ގާއިމުކޮށްފައިވާ ދިރިއުޅުމުގެ ފެންވަރަކީ، ގާނޫނު ހުއްދަކުރާ ގޮތުގެމަތިން ހޯދި މުދަލެއްކަން ނުވަތަ ފައިސާއެއްކަން ނުވަތަ ގާއިމުކޮށްފައިވާ ދިރިއުޅުމުގެ ފެންވަރެއްކަން އެމީހަކަށް އެކަށީގެންވާ މިންވަރަކަށް ސާބިތުކޮށްނުދެވުން.
(ށ) ދަރަޖަކުރުން
- މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކުރީ، ރައީސުލްޖުމްހޫރިއްޔާކަމުގެ ނުވަތަ ވަޒީރުކަމުގެ ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ނުވަތަ ފަނޑިޔާރުކަމުގެ މަގާމެއްގައި ހުރި ފަރާތަކުން ކަމުގައިވާނަމަ، އެ ކުށަކީ ޖިނާޔަތުގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ.
- އެނޫން ހާލަތްތަކުގައި އެ ކުށަކީ ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.
ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށް (އިތުރު ކުރެވިފައި)
516 ވަނަ މާއްދާ - ކުށް ކަނޑައެޅުން
އަންނަނިވި ޙާލަތްތަކުގައި، އަންނަނިވި ޢަމަލު ކުރާ މީހާ، އެކުރަނީ ކުށެކެވެ:
(ހ) ދައުލަތުގެ މުދާ ނުވަތަ ފައިސާ ބެލެހެއްޓުން ހަވާލުކުރެވިފައިވާ ނުވަތަ އެމީހެއްގެ ހަވާލުގައި ދައުލަތުގެ މުދާ ނުވަތަ ފައިސާ ހުރި ދައުލަތުގެ މުވައްޒަފަކު، ސީދާގޮތުގައި ނުވަތަ ނުސީދާގޮތުގައި، އޭނާގެ އަމިއްލަ ބޭނުމަށް ނުވަތަ އެހެން ފަރާތެއްގެ ބޭނުމަށް އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކުރުން؛
- އެ މުދަލެއް ނުވަތަ ފައިސާއެއް ޤާނޫނުގައި ހުއްދަވެގެންނުވާ ގޮތުގައި ނުވަތަ ބޭނުންކުރަން ހުއްދަކޮށްފައިވާ މަޤްޞަދު ނޫން މަޤްޞަދެއްގައި ބޭނުންކުރުން؛
- އެ ފައިސާ ޖަމާކުރަންޖެހޭ ތަނަކަށް، އެ ފައިސާ ޖަމާކުރަންޖެހޭ ވަގުތަށް، މަޤްބޫލު އުޒުރެއްނެތި އެ ފައިސާ ޖަމާނުކުރުން؛
- އެ މުދާ ނުވަތަ ފައިސާ ބޭނުންކުރި ގޮތް އަންގައިދިނުމަށް ޤާނޫނުގައި ހުއްދަ އޮތް ފަރާތަކުން ކުރާ އަމުރާ އެއްގޮތްވާ ގޮތުގެމަތިން އެ ފައިސާ ޚަރަދުކުރި ގޮތް ނުވަތަ ބޭނުންކުރި ގޮތް އަންގައި ނުދިނުން ނުވަތަ އަންގައި ނުދެވުން؛
- އެ ފައިސާ، އޭނާގެ އަމިއްލަ ފައިދާއަށް ނުވަތަ އެހެން މީހެއްގެ ފައިދާއަށް، ފައިސާއިން އަގުކުރެވޭ އެހެން އެއްޗަކަށް ބަދަލުކޮށް، އޭގެ އަސްލު ބަދަލުކުރުން.
(ށ) ދަރަޖަކުރުން
މި ކުށަކީ، ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.
ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ކުށް (އިތުރު ކުރެވިފައި)
517 ވަނަ މާއްދާ - ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ކުށް
(ހ) ކުށް ކަނޑައެޅުން
ދައުލަތުގެ މުވައްޒަފަކު، އޭނާގެ ރަސްމީ ވާޖިބު އަދާކުރުމުގައި، އެނގިހުރެ އަދި އެކަށީގެންވާ ސަބަބެއް ނެތި، އަންނަނިވި ހާލަތްތަކުގައި އެކުރަނީ ކުށެކެވެ.
- ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގެ ފައިދާ ދައުލަތަށް ނުލިބޭގޮތަކަށް އަމަލުކުރުން؛ ނުވަތަ
- ދައުލަތަށް ލިބެންއޮތް ފައިދާއަކަށް އުނިކަމެއް ލިބޭގޮތަށް އަމަލުކުރުން.
(ށ) ދަރަޖަކުރުން
މި ކުށަކީ، ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.
ނުފޫޒުން ވިޔަފާރިކުރުމުގެ ކުށް (އިތުރު ކުރެވިފައި)
518 ވަނަ މާއްދާ - ނުފޫޒުން ވިޔަފާރިކުރުމުގެ ކުށް
(ހ) ކުށް ކަނޑައެޅުން
އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލު ކުރާ މީހާ، އެކުރަނީ ކުށެކެވެ:
- ދައުލަތުގެ މުވައްޒަފަކަށް، ނުވަތަ އެނޫން މީހަކަށް ވިޔަސް، ސީދާގޮތުން ނުވަތަ ނުސީދާގޮތުން މަންފާއެއް ދިނުން ނުވަތަ ދިނުމަށް ހުށަހެޅުން ނުވަތަ ދިނުމަށް ވައުދުވުން؛ އަދި
- މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަމަލުކޮށްފައިވަނީ، ދައުލަތުގެ އެ މުވައްޒަފުގެ، ނުވަތަ އެމީހަކުގެ މަގާމުގެ ނުވަތަ ހައިސިއްޔަތުގެ ސީދާ ނުވަތަ ނުސީދާ ނުފޫޒުގެ ބޭނުންކޮށްގެން ނުވަތަ އޮތްކަމަށް ބެލެވޭ ނުފޫޒެއްގެ ބޭނުންކޮށްގެން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށްކުރާ މީހާއަށް، ނުވަތަ އެހެން ފަރާތަކަށް ދައުލަތުގެ އިދާރާއަކުން ނުވަތަ އެހެން އިދާރާއަކުން ވިޔަސް މަންފާއެއް ހޯދުމަށް ނުފޫޒަކަށްވާގޮތަށް އެކަމުގެ މުގާބިލުގައިކަމަށްވުން.
(ށ) ދައުލަތުގެ މުވައްޒަފަކު ނުވަތަ އެނޫން މީހަކު ނުފޫޒުން ވިޔަފާރިކުރުމަށް ހުށަހެޅުން
ދައުލަތުގެ މުވައްޒަފަކު، ނުވަތަ އެނޫން މީހަކު، އަންނަނިވި ހާލަތްތަކުގައި އެކުރަނީ ކުށެކެވެ:
- މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ދައުލަތުގެ އެ މުވައްޒަފަށް، ނުވަތަ އެމީހާއަށް، ނުވަތަ އެނޫންވެސް ފަރާތަކަށް، މަންފާއެއް ލިބިގަތުމަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ވިޔަސް ހުށަހެޅުން ނުވަތަ ގަބޫލުކުރުން ނުވަތަ އެއްބަސްވުން؛ އަދި
- މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަމަލުކޮށްފައިވަނީ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ދައުލަތުގެ އެ މުވައްޒަފުގެ، ނުވަތަ އެމީހާގެ މަގާމުގެ ނުވަތަ ހައިސިއްޔަތުގެ ސީދާ ނުވަތަ ނުސީދާ ނުފޫޒުގެ ބޭނުންކޮށްގެން ނުވަތަ އޮތްކަމަށް ބެލެވޭ ނުފޫޒެއްގެ ބޭނުންކޮށްގެން، އެއްވެސް މީހަކަށް ނުވަތަ ފަރާތަކަށް ދައުލަތުގެ އިދާރާއަކުން ނުވަތަ އެހެން އިދާރާއަކުން ނަމަވެސް މަންފާއެއް ހޯދައިދިނުމުގެ މުގާބިލުގައިކަމަށްވުން.
(ނ) ދަރަޖަކުރުން
މި ކުށަކީ ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.
މާނަކުރުން
519 ވަނަ މާއްދާ - މާނަކުރުން
(ހ) "ރަސްމީ ހައިސިއްޔަތު" އަށް ދީފައިވަނީ، މި ގާނޫނުގެ 510 ވަނަ މާއްދާގެ (ރ) ގައި ދީފައިވާ މާނަކުރުމެވެ. (އިސްލާހު ކުރެވިފައި)
(ށ) "ދައުލަތުގެ މުވައްޒަފު" އަށް ދީފައިވަނީ، މި ގާނޫނުގެ 533 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ. (އިސްލާހު ކުރެވިފައި)
(ނ) "މަންފާ" ކަމަށް ބުނެފައި އެވަނީ، ކޮރަޕްށަންގެ އަމަލަކާ ގުޅޭގޮތުން ނުވަތަ ކޮރަޕްށަންގެ ކުށަކާ ގުޅޭގޮތުން، ހޯދައިގަނެވޭ، ނުވަތަ ބަލައިގަނެވޭ، ނުވަތަ ދިނުމަށް ހުށަހަޅާ ނުވަތަ ދޭ ނުވަތަ ދިނުމަށް ބުނާ ނުވަތަ އަމުރުކުރާ، ނުވަތަ ބަލައިގަންނަ ނުވަތަ ބަލައިގަތުމަށް އެދޭ ނުވަތަ ބަލައިގަތުމަށް ހުށަހަޅާ ނުވަތަ ބަލައިގަތުމަށް އެއްބަސްވާ، އަންނަނިވި ކަންކަމުގެ ތެރެއިން ކަމަކަށް، ނުވަތަ އެއްޗެހީގެ ތެރެއިން އެއްޗަކަށެވެ. (މުޅި (ނ) ސްލާހު ކުރެވިފައި)
- ހަދިޔާ؛
- ލޯނު؛
- ފީ؛
- އުޖޫރަ؛
- ޑިސްކައުންޓް؛
- ކޮމިށަން؛
- ފައިސާ ނުވަތަ ފައިސާއިން އަގުކުރެވޭ މުދާ؛
- ފައިސާއަކާ ގުޅޭގޮތުން ނުވަތަ މުދަލަކާ ގުޅޭގޮތުން އުފައްދައިދޭ ހައްގު ނުވަތަ މަސްލަހަތު؛
- ހުއްދަ އާމްދަނީ ފިޔަވައި އެހެން އެއްވެސް އެއްޗެއް؛
- މަގާމެއް ނުވަތަ ވަޒީފާއެއް ނުވަތަ ކޮންޓްރެކްޓެއް؛
- ތަނަކަށް އުފުލަންޖެހޭ މުދަލެއް އުފުލައިދިނުން؛
- ތަނަކަށް ދައްކަންޖެހޭ މާލީ ޒިންމާއަކުން ބަރީއަކޮށްދިނުން؛
- ދަރަނީގެ ޒިންމާއެއް ނިމުމަކަށް ގެނެސްދިނުން؛
- ލޯނެއް އަދާކޮށްދިނުން؛
- ތިމާ އަދާކުރަންޖެހޭ ވާޖިބެއް އަދާކޮށްދިނުން؛
- ތިމާ އަދާކުރަންޖެހޭ ދަރަންޏެއް އަދާކޮށްދިނުން ނުވަތަ އެއިން ބައެއް އަދާކޮށްދިނުން؛
- ތިމާ ހޯދާ މުދަލަކަށް ނުވަތަ ހިދުމަތަކަށް ދައްކަންޖެހޭ އަގު ނޫން ކުޑަ އަގެއް ދައްކަންޖެހުން؛
- ބޭނުންކުރެވެން އޮތް ހައްގެއް ބޭނުންނުކޮށް ދޫކޮށްލުން؛
- ބޭނުންކުރެވެން އޮތް ބާރެއް ބޭނުންނުކޮށް ދޫކޮށްލުން؛
- އެނޫންވެސް މަންފާ، ނުވަތަ ހިދުމަތް ނުވަތަ އެހީ.
(ރ) "ދައުލަތުގެ މުދާ" ކަމަށް ބުނެފައި އެވަނީ، ދިވެހި ދައުލަތުގެ ނަމުގައި ނުވަތަ ދިވެހިސަރުކާރުގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ މުދަލާއި، ރައްޔިތުންގެ މިލްކުގެ ގޮތުގައި ރައްޔިތުންގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ މުދަލާއި، ކައުންސިލުތަކުގެ މުދަލާއި، ދައުލަތުގެ ކުންފުނިތަކުގެ މުދަލާއި، މިލްކުވެރިއަކު ނެތް މުދަލުގެ ތެރެއިން ކަމާގުޅޭ ގާނޫނީ އުސޫލުތަކުގެ މަތިން ދައުލަތުގެ މުދަލުގެ ގޮތުގައި ބެލެވޭ މުދަލާއި، ކަމާގުޅޭ ގާނޫނީ އުސޫލުތަކުގެ މަތިން ދައުލަތަށް ނެގޭ މުދާ ހިމެނޭ ގޮތުންނެވެ. (އިތުރު ކުރެވިފައި)
(ބ) "ދައުލަތުގެ ފައިސާ" ކަމަށް ބުނެފައި އެވަނީ، ފައިސާއާއި، ފައިސާގެ ގޮތުގައި ބަދަލުކުރެވޭ ލިޔުމާއި ސެކިއުރިޓީޒްއާއި، އެފަދަ އެއްޗެހި ހިމެނޭގޮތުން، ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބޭ ޓެކުހާއި، ޑިއުޓީއާއި، ޖޫރިމަނާއާއި، ރޯޔަލްޓީއާއި، ކުއްޔާއި، ފީއާއި، ޗާޖާއި، އަގާއި، އެހެން ފަރާތަކަށްޓަކައި ނުވަތަ އެހެން ފަރާތެއްގެ ނަމުގައި ދައުލަތުގައި ބެހެއްޓިފައިވާ ފައިސާއާއި، ލޯނުގެ ފައިސާއާއި، ހަދިޔާގެ ގޮތުގައި އަދި އެނޫންވެސް އެއްވެސް ކަމަކާ ގުޅިގެން ދައުލަތަށް ލިބޭ ނުވަތަ ލިބެމުންދާ ނުވަތަ ލިބެންޖެހޭ ފައިސާވެސް ހިމެނޭގޮތުންނެވެ. (އިތުރު ކުރެވިފައި)
(ޅ) "ބޭރު ދައުލަތެއްގެ މުވައްޒަފު" ކަމަށް ބުނެފައި އެވަނީ، އިންތިހާބުކުރެވޭ މަގާމެއް ކަމުގައި ވީނަމަވެސް، ނުވަތަ އައްޔަންކުރެވޭ މަގާމެއް ކަމުގައި ވީނަމަވެސް، ނުވަތަ ދާއިމީ ވަޒީފާއެއް ކަމުގައި ވީނަމަވެސް، ނުވަތަ ވަގުތީ ވަޒީފާއެއް ކަމުގައި ވީނަމަވެސް، ނުވަތަ ކޮންޓްރެކްޓް އުސޫލުން ނުވަތަ އެނޫން އުސޫލަކުން ހަވާލުކުރެވޭ ވަޒީފާއެއް ކަމުގައި ވީނަމަވެސް، ބޭރު ގައުމެއްގެ ދައުލަތް ހިންގުމުގެ ބާރާއި، ގާނޫނު ހެދުމުގެ ބާރާއި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ މަގާމުތަކުގައި ތިބޭ ފަރާތްތަކާއި އެތަންތަނުގެ މުވައްޒަފުންނާއި، ދައުލަތުގެ ކުންފުނިތަކުގެ މަގާމުތަކުގައި ތިބޭ ފަރާތްތަކާއި އެތަންތަނުގެ މުވައްޒަފުންނާއި، އެނޫންވެސް ބޭރު ގައުމެއްގެ ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ކޮންމެ މީހަކު ހިމެނޭ ގޮތުންނެވެ. (އިތުރު ކުރެވިފައި)
(ކ) "ބައިނަލްއަގްވާމީ ޖަމްއިއްޔާއެއްގެ މުވައްޒަފު" ކަމަށް ބުނެފައި އެވަނީ، ބައިނަލްއަގްވާމީ ޖަމްއިއްޔާއެއްގެ ވަޒީފާގައިވާ ފަރާތްތަކާއި އެފަދަ ޖަމްއިއްޔާއެއްގެ ފަރާތުން މަސައްކަތްކުރުމުގެ ބާރު ލިބިގެންވާ އެންމެހައި ފަރާތްތައް ހިމެނޭގޮތުންނެވެ. (އިތުރު ކުރެވިފައި)
520 ވަނަ ބާބު
ދޮގު ހެކި ދިނުމާއި ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށް
520 ވަނަ މާއްދާ - ރަސްމީ އިދާރާތަކަށް ދޮގު ހެކި ދިނުން
521 ވަނަ މާއްދާ - ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުން
522 ވަނަ މާއްދާ - ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ދޮގު ރިޕޯޓުކުރުން
523 ވަނަ މާއްދާ - އާންމު ރައްކާތެރިކަން ބަލަހައްޓާ ފަރާތްތަކަށް ދޮގު ހަބަރު ދިނުން
524 ވަނަ މާއްދާ - މާނަކުރުން
ރަސްމީ އިދާރާތަކަށް ދޮގު ހެކި ދިނުން
520 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލު ކުރާ މީހާ އެކުރަނީ ކުށެކެވެ:
- ދޮގު ބަޔާނެއް ދިނުން؛ އަދި
- އެ ބަޔާން އޭނާ ދެނީ އޭގެ ތެދުކަން ގަބޫލުނުކުރާ ހާލު؛
- ހުވައެއްގެ މަތީގައި ހުރެކަމުގައިވުން ނުވަތަ އެ ހުވަޔާ އެއްފަދަ އެހެންވެސް ގޮތަކުން އެކަން ކަށަވަރުކޮށްދިނުމާ އެކުގައި ކަމުގައިވުން؛ ނުވަތަ
- ކުރިން ދީފައިވާ ބަޔާނެއްގެ ތެދުކަމުގެ މައްޗަށް ހުވާކުރާ ހާލު ނުވަތަ އެކަން ކަށަވަރުކޮށްދޭ ހާލުގައި ކަމަށްވުން. އަދި
- ރަސްމީ އިދާރާއަކަށް ދޭ ބަޔާނަކަށް އެ ބަޔާންވުން.
(ށ) އަނބުރާ ގެންދިއުމުގެ އިސްތިސްނާ
އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލު ކުރާ މީހާ، އެކުރަނީ ކުށެއް ނޫނެވެ:
- ދޮގު ބަޔާނެއް ދިނުމަށްފަހު، އެ ބަޔާން ދިން މަޖިލީހުގައި، އެ ބަޔާން އަނބުރާ ގެންދިއުން؛
- ދޮގު ބަޔާނެއް ދީފައިވާކަން ސާބިތުވުމުގެކުރިން ނުވަތަ ދޮގުހަދާފައިވާކަން ސާބިތުވާނެކަން ކަށަވަރުވުމުގެ ކުރިން އެ ބަޔާން އަނބުރާ ގެންދިއުން؛ އަދި
- އެ ދޮގު ބަޔާނުގެ ސަބަބުން، އެ ބަޔާން ދިން މަޖިލީހުގައި ހިނގަމުން ދިޔަ ކަންކަމުގެ އަސްލަށް އަސަރުކުރުމުގެ ކުރިން އެ ބަޔާން އަނބުރާ ގެންދިއުން.
(ނ) ހުވާކުރަންވީ ގޮތަށް ނުކުރުމަކީ ދިފާއެއްނޫން
މި މާއްދާގެ ދަށުން ކުރެވޭ ދައުވާއެއްގައި، ދައުވާ ރައްދުވާ މީހާ ހުވާކުރީ ނުވަތަ ކަމެއް ކަށަވަރު ކޮށްދިނީ އެކަން ކުރުމަށްއޮތް ގޮތަށްކަމަށް ނުވުމަކީ، ނުވަތަ އެ މައުލޫމާތު ދިން މީހާއަކީ އެ މައުލޫމާތު ދިނުމުގެ ގާބިލުކަން ހުރި މީހެއްކަމުގައި ނުވުމަކީ، ދިފާއެއް ނޫނެވެ. ވަކި ލިޔުމެއް ދެނީ، ހުވައެއްގެ މަތީގައި ނުވަތަ ޔަގީންކަން ދިނުމަށް ފަހުގައިކަން އެ ލިޔުން ދޭ މީހާ ކަށަވަރުކޮށްދީފިނަމަ، އެ ލިޔުމަކީ އެ ލިޔުން ދޭ މީހާ ހުވައެއްގެ މަތީގައި ނުވަތަ ކަށަވަރުކަމެއް ދިނުމާ އެކުގައި ދޫކުރާ ލިޔުމެއްކަމުގައި ބެލެވޭނެއެވެ.
(ރ) ދޭ ބަޔާނަކަށް ހެކި ދެއްކުން
ދައުވާ ރައްދުވާ މީހާ ދޭ ބަޔާނެއްގެ ދޮގުކަމާ މެދު ލިބެން ހުރި ހަމައެކަނި ހެއްކަކީ އެހެން މީހަކު އެއާ ދެކޮޅަށް ދޭ ހެކިބަސް އެކަނިކަމަށްވުމަކީ، މި މާއްދާގެ ދަށުން އެ ބަޔާން ދޭ މީހާ ކުށްވެރިވާނެ ކަމެއް ނޫނެވެ.
(ބ) ދަރަޖަކުރުން
މި ކުށަކީ، ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
(ޅ) މާނަކުރުން
"ރަސްމީ އިދާރާ" ކަމަށް ބުނެފައި އެވަނީ ގާނޫނީ ގޮތުން، ނުވަތަ ށަރުއީ ގޮތުން ނުވަތަ އިދާރީ ގޮތުން ނުވަތަ ރަސްމީ އިދާރާއެއްގައި ނުވަތަ ހުވައެއްގެ މަތީގައި ދެވޭ ހެކިބަސް ނެގުމުގެ ހުއްދަ ދީފައިވާ މުވައްޒަފެއްގެ ކުރިމަތީގައި، ހިންގޭ މަޖިލިސްތަކަށެވެ. އަދި އޭގެ ތެރޭގައި ރެފްރީންނާއި އެގްޒަމިނަރުންނާއި ކޮމިށަނަރުންނާއި ނޯޓަރީންނާއި އެ މަޖިލިސްތަކާ ގުޅިގެން، މީހަކު ދޭ ހެކިބަސް ނެގުމުގެ ހުއްދަ ލިބިގެންވާ އެހެން ކޮންމެ މީހަކުވެސް ހިމެނޭ ގޮތުންނެވެ.
ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުން
521 ވަނަ މާއްދާ - ހުވަޔަކާ ނުލައި އެކި އިދާރާތަކަށް ލިޔުމުން ދޭ ދޮގު ބަޔާން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލު ކުރާ މީހާ، އެކުރަނީ ކުށެކެވެ:
- ދައުލަތުގެ މުވައްޒަފަކު ނުވަތަ ގާނޫނު ތަންފީޒުކުރާ މުވައްޒަފަކު އޭނާގެ ރަސްމީ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވާޖިބު އަދާކުރަމުންދާއިރު، އޭނާއަށް ކަމެއް އޮޅުވާލުމުގެ މަގްސަދުގައި؛ ނުވަތަ
- ރަސްމީ އިދާރާއެއްގައި؛ ނުވަތަ
- އެ ބަޔާނެއްދޭ މީހާ:
- އޭގެ ތެދުކަން ގަބޫލުނުކުރާ ދޮގު ބަޔާނެއް ލިޔުމުން ދިނުމާއި؛ ނުވަތަ
- ދީފައިވާ ލިޔުމެއްގެ ސަބަބުން އޮޅުންތަކެއް އަރައިފާނެކަމަށްޓަކައި ދޭންޖެހޭ އިތުރު މައުލޫމާތު ހުރިކަން އެނގިހުރެ އެ މައުލޫމާތު ނުދިނުން.
(ށ) ދޮގު ބަޔާން
އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ، އެކުރަނީ ކުށެކެވެ:
- ދޮގު ބަޔާނެއް ދިނުން؛ އަދި
- އެއީ ތެދު އެއްޗެއްކަން، އެ ބަޔާންދޭ މީހާ ގަބޫލުނުކުރުން؛ އަދި
- އެ ބަޔާނަކީ ދައުލަތުގެ މުވައްޒަފަކު ނުވަތަ ގާނޫނު ތަންފީޒުކުރާ މުވައްޒަފަކު އޭނާ ރަސްމީ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވާޖިބު އަދާކުރުމުގައި، އެފަދަ މުވައްޒަފަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި ދެވޭ ބަޔާނަކަށްވުން.
(ނ) އިސްތިސްނާ
މީހަކު ދިން ދޮގު ބަޔާނަކީ ނުވަތަ ދޮގު ލިޔުމަކީ އެ ބަޔާން ދެވޭ ރަސްމީ އިދާރާގައި ހިނގާ ކަންކަމުގެ އަސްލަށް އަސަރުނުކުރާ ބަޔާނެއް ކަމުގައިވާނަމަ މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ކުށް، އެ ބަޔާން ދިން މީހާ، ކުރީކަމުގައެއް ނުބެލެވޭނެއެވެ.
(ރ) މާނަކުރުން
"ގާނޫނު ތަންފީޒުކުރާ މުވައްޒަފު" ކަމަށް ބުނެފައި އެވަނީ، އޭނާގެ މަގާމުގެ ހައިސިއްޔަތުން ނުވަތަ އަދާކުރާ ރަސްމީ ވަޒީފާގެ ހައިސިއްޔަތުން އަމަން އަމާންކަން ދެމެހެއްޓުން، ނުވަތަ ކުށްކުރާ މީހުން ހައްޔަރު ކުރުން ނުވަތަ ޖިނާއީ ކުށުގެ މައްސަލަތައް ތަހްގީގު ކުރުމުގެ ވާޖިބު، ގާނޫނެއްގެ ދަށުން އަދާކުރަންޖެހޭ ކޮންމެ މީހެކެވެ. (އިސްލާހު ކުރެވިފައި)
(ބ) ދަރަޖަކުރުން
މި ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ދޮގު ރިޕޯޓުކުރުން
522 ވަނަ މާއްދާ - އެހެން މީހަކު ކުށެއް ކޮށްފިކަމުގެ ދޮގު މައުލޫމާތު ދިނުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ، އެކުރަނީ ކުށެކެވެ:
- ދޮގު މައުލޫމާތުކަން އެނގޭ މައުލޫމާތެއް ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ދިނުން؛ އަދި
- އެ މައުލޫމާތު އެދެނީ، ޖިނާއީ އަމަލެއް މީހަކަށް ނިސްބަތްކުރުމުގެ މަގްސަދުގައި ކަމަށްވުން.
(ށ) ހިނގާފައިނުވާ ކަމެއްގެ ރިޕޯޓު ދިނުން
އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލު ކުރާ މީހާ އެކުރަނީ ކުށެކެވެ:
- ހިނގާފައިނުވާ ކުށެއް ނުވަތަ ކަމެއް ހިނގައިފިކަމުގެ މައުލޫމާތު، ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިނުން؛ ނުވަތަ
- ހިނގާފައިވާ ކުށެއް ނުވަތަ ހިނގާފައިވާ ކަމަކާ ގުޅޭ ގޮތުން މައުލޫމާތެއް ލިބިފައިނެތް މީހަކު، އެފަދަ މައުލޫމާތެއް އޭނާއަށް ލިބިގެންވާކަމުގައި ގާނޫނު ތަންފީޒުކުރުމުގެ އިދާރާއަކަށް ދެއްކުމާއި، އެގޮތުން އެއްވެސް މައުލޫމާތެއް ދިނުން.
(ނ) ދަރަޖަކުރުން
- މި ގޮތުން ދެވޭ މައުލޫމާތަކީ އެ މައުލޫމާތުގެ ސަބަބުން މީހެއްގެ މައްޗަށް ޖިނާޔަތުގެ ކުށެއް ސާބިތުކުރެވިދާނެ ފަދަ މައުލޫމާތެއް ކަމުގައި ވާނަމަ:
- އަދި އެގޮތުން، ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ނުވަތަ އެއަށްވުރެ މަތީ ދަރަޖައެއްގެ ކުށެއް ސާބިތުވެފައިވާނަމަ، އެ މައުލޫމާތު ދޭ މީހާ އެކުރަނީ ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.
- އެނޫން ހާލަތްތަކުގައި، އެއީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
އާންމު ރައްކާތެރިކަން ބަލަހައްޓާ ފަރާތްތަކަށް ދޮގު ހަބަރު ދިނުން
523 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލު ކުރާ މީހާ، އެކުރަނީ ކުށެކެވެ:
- ތަނެއްގައި އަލިފާން ރޯވެއްޖެކަމުގެ ނުވަތަ އެހެންވެސް ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެކަމުގެ ދޮގު ހަބަރު އެނގިހުރެ ދިނުން؛ އަދި
- މީހުންގެ ފުރާނައަށް ނުވަތަ މުދަލަށް ލިބޭ ކުއްލި ނުރައްކަލުން އެ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ހަވާލުކުރެވިފައިވާ އިދާރާއަކަށް، އެނގިހުރެ އެ ދޮގު ހަބަރު ދިނުން.
(ށ) ދަރަޖަކުރުން
މި ކުށަކީ ޖުނަހްގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ.
މާނަކުރުން
524 ވަނަ މާއްދާ - މާނަކުރުން
(ހ) "ގާނޫނު ތަންފީޒުކުރާ މުވައްޒަފު" އަށް ދީފައިވަނީ މި ގާނޫނުގެ 521 ވަނަ މާއްދާގެ (ރ) ގައި ދީފައިވާ މާނަކުރުމެވެ.
(ށ) "ރަސްމީ އިދާރާ" އަށް ދީފައިވަނީ މި ގާނޫނުގެ 520 ވަނަ މާއްދާގެ (ޅ) ގައި ދީފައިވާ މާނަކުރުމެވެ.
530 ވަނަ ބާބު
ދައުލަތް ހިންގުމުގެ ދާއިރާއަށް ހުރަސްއެޅުމާއި ތަނަކުން ފިލައިގެންދިއުން
530 ވަނަ މާއްދާ - އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުން
531 ވަނަ މާއްދާ - އެކްސިޑެންޓްވުމުން އެކަމުގެ ރިޕޯޓުނުކުރުން
532 ވަނަ މާއްދާ - ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ނުވަތަ ބަންދުގައި ތިބޭ މީހުން ބެލެހެއްޓުމާ ހަވާލުވެހުރި މުވައްޒަފަކަށް ހުރަސްއެޅުން ނުވަތަ ދަތިކުރުން
533 ވަނަ މާއްދާ - ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުން
534 ވަނަ މާއްދާ - ގާނޫނީ ގޮތުން ރައްދުކުރަންޖެހޭ ށަރުއީ ލިޔުމެއް ރައްދުކުރުމަށް ހުރަސްއެޅުން
535 ވަނަ މާއްދާ - ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ މުވައްޒަފަކަށް އެހީނުވުން
536 ވަނަ މާއްދާ - ފިލައިގެން އުޅޭ މީހާއަށް އެހީތެރިވެދިނުން ނުވަތަ އޭނާ ފޮރުވައިދިނުން
537 ވަނަ މާއްދާ - ފިލުން އަދި މީހުން ބަންދުކުރާ މަރުކަޒަކަށް ރިޕޯޓުނުކުރުން
538 ވަނަ މާއްދާ - ފިލުން ހުއްދަކުރުން
539 ވަނަ މާއްދާ - މަނާކުރެވިފައިވާ އެއްޗެއް މީހުން ބަންދުކުރާ މަރުކަޒަކަށް ގެނައުން ނުވަތަ ގެނައުން ހުއްދަކުރުން؛ މީހުން ބަންދުކުރާ މަރުކަޒެއްގައި މަނާ އެއްޗެއް ގެންގުޅުން
540 ވަނަ މާއްދާ - ހެކި ދިނުމަށް ހުރި މީހަކަށް ނުވަތަ ވޯޓު ދޭން ހުރި މީހަކަށް ނުވަތަ ދައުލަތުގެ މަސައްކަތެއް ކުރުމަށް ހުރި މީހަކަށް ބިރުދެއްކުމާއި، ނުރަނގަޅު ގޮތުގައި ނުފޫޒު ފޯރުވުމާއި ދެކޮޅުހެދުން
541 ވަނަ މާއްދާ - ކޯޓަށް ހާޒިރުނުވުން
542 ވަނަ މާއްދާ - މާނަކުރުން
އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުން
530 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) މީހަކު ހައްޔަރުކުރުމަށް، ނުވަތަ މީހެއްގެ މައްޗަށް ދައުވާއެއް އުފުލުމަށް، ނުވަތަ މީހަކު ދިފާއެއް ހުށަހެޅުމަށް ހުރަސްއެޅުމުގެ މަގްސަދުގައި ނުވަތަ އެއިން ކަމެއް ހުއްޓުވުމުގެ މަގްސަދުގައި، އެނގިހުރެ އަންނަނިވި އަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ:
- މައްސަލައަކާގުޅޭ ހެކި ސާބިތުކުރުމުގެ ލިޔުމެއް ހޯދާފާނެކަމުގެ ނުވަތަ މީހަކު ހައްޔަރުކޮށްފާނެކަމުގެ މައުލޫމާތު އެ މީހަކަށް ދިނުން؛ ނުވަތަ
- ށަރީއަތަށް ހުށަހެޅިދާނެ ހެއްކެއްކަމުގައި ވިޔަސް އަދި ނުވިޔަސް މައްސަލައަކާ ގުޅުން ހުރި މާއްދީ ހެކި ނެތިކޮށްލުމާއި، ބަދަލުކުރުމާއި، ފޮރުވުމާއި، ފާހަގަނުވާނެ ގޮތް ހެދުމާއި، ދޮގު ހެކި ބެހެއްޓުމާއި، ދޮގު މައުލޫމާތު ދިނުން؛
- މައްސަލައިގެ އަސާސާ ގުޅުން ހުރި މައުލޫމާތެއް ދެވިދާނެ ހެއްކެއްގެ ގޮތުގައި ބެލެވޭ މީހަކު ގައުމު ދޫކޮށް ދިއުމަށް ނުވަތަ ފިލައިގެން އުޅުމަށް ހިތްވަރު ދިނުން؛ ނުވަތަ
- ހެކިންގެ ތެރެއިން މީހަކު ފުރިހަމަ ގޮތުގައި މިނިވަންކަމާއި، ތެދުވެރިކަމާއެކު، ހެކިބަސް ދިނުމަށް ހުރަސްއެޅުން؛ ނުވަތަ
- މައްސަލައިގެ އަސާސާގުޅޭ މައުލޫމާތު އަތުގައިހުރެ ގައުމު ދޫކޮށް ދިއުން ނުވަތަ އަމިއްލައަށް ފިލައިގެން
- ގާނޫނާ އެއްގޮތަށް މީހަކު އަމަލުކުރުމަށް ނަސޭހަތެއް ނުވަތަ އިންޒާރެއް ދިނުމަކަށް މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު މަނައެއް ނުކުރެއެވެ؛
(ށ) ދަރަޖަކުރުން
މި ކުށަކީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
އެކްސިޑެންޓްވުމުން އެކަމުގެ ރިޕޯޓުނުކުރުން
531 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ:
- އެއްގަމުގައި ނުވަތަ ކަނޑުގައި ދުއްވާ އުޅަނދެއް އެކްސިޑެންޓެއް ވުމުގައި، ހިމެނިގެންވުން؛ އަދި
- ކަމާގުޅޭ ދާއިރާތަކަށް އެ އެކްސިޑެންޓުގެ މައުލޫމާތު ނުދިނުން.
(ށ) ދަރަޖަކުރުން
- ހިނގައިދިޔަ އެކްސިޑެންޓުގައި، މީހެއްގެ ހަށިގަނޑަށް ބޮޑެތި އަނިޔާ ލިބިފައިވާނަމަ، އެ ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
- އެނޫން ހާލަތްތަކުގައި، އެ ކުށަކީ ޖުނަހްގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ.
ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ނުވަތަ ބަންދުގައި ތިބޭ މީހުން ބެލެހެއްޓުމާ ހަވާލުވެހުރި މުވައްޒަފަކަށް ހުރަސްއެޅުން ނުވަތަ ދަތިކުރުން
532 ވަނަ މާއްދާ - ކުށް ކަނޑައެޅުން

- މި މާއްދާގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މީހަކު، ރަސްމީ ހައިސިއްޔަތުން ކުރުން ހުއްދަ ކަމެއް ކުރުން ގަސްދުގައި ހުއްޓުވުން، ނުވަތަ އެކަމަށް ހުރަސްއެޅުން ނުވަތަ އެކަމެއް ކުރިއަނުދިނުން؛ އަދި
- އެއީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްކަން ނުވަތަ މީހުން ބަންދުގައި ބައިތިއްބާ ތަނެއް ބަލަހައްޓާ މުވައްޒަފެއްކަން އޭނާއަށް އެނގުން.
(ށ) މާނަކުރުން
"ބަންދުގައި މީހުން ބައިތިއްބާ ތަނެއް ބަލަހައްޓާ މުވައްޒަފު" ކަމަށް ބުނެފައި އެވަނީ:
- މީހުން ބަންދުކުރާ މަރުކަޒެއްގައި ބަންދުގައި ބައިތިއްބާފައި ތިބޭ މީހުން ކޮންޓްރޯލުކުރުމަށާއި ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ ނުވަތަ އެފަދަ މަރުކަޒެއްގެ ބެލުމުގެ ދަށުގައިވާ މީހުން ކޮންޓްރޯލުކުރުމަށާއި ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ މީހެއް ކަމުގައިވުން؛ ނުވަތަ
- ސިކުނޑީގެ ހާލަތު ސިއްހީގޮތުން ބެލުމަށްޓަކައި، ނަފުސާނީ ނުވަތަ ސިކުނޑީގެ ފަރުވާދޭ މަރުކަޒެއްގައި ތިބޭ މީހުން ނުވަތަ އެފަދަ މަރުކަޒަކަށް ފޮނުވުމަށްޓަކައި ބަންދުކޮށްފައި ތިބޭ މީހުން ކޮންޓްރޯލުކޮށް ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރެވިފައިވާ މުވައްޒަފަކަށެވެ.
(ނ) ދަރަޖަކުރުން
މިކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުން
533 ވަނަ މާއްދާ - ކުށް މާނަކުރުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލު ކުރާ މީހާ އެކުރަނީ ކުށެކެވެ:
- ތިމާއަށް އެނގިހުރެ ގާނޫނުގެ ބާރުހިންގުމަށް ނުވަތަ ދައުލަތުގެ މަސައްކަތްކުރުމަށް، އަންނަނިވި ގޮތްގޮތުން ކުރެ ގޮތަކުން، ހުރަސްއެޅުމާއި، އެކަމަށް ދަތިކުރުމާއި، އެކަމުގެ މަގްސަދު ހާސިލުވިޔަނުދިނުން؛ އަދި
- މާއްދީ ގޮތުން ހުއްޓުވައިގެން ނުވަތަ ހުރަސްތަކެއް ކުރިމަތިކުރުވައިގެން، ނުވަތަ ރަސްމީ ވާޖިބަކާ ހިލާފުވެގެން، ނުވަތަ އެނޫންވެސް ހުއްދަނޫން އަމަލެއްކޮށްގެން؛ ނުވަތަ
- ޓެކްސް ނެގުމާ ގުޅޭ ދައުލަތުގެ އިދާރާގެ މުވައްޒަފުންނަށް ނުވަތަ އާމްދަނީގެ ތަފްސީލު ހޯދުމާ ގުޅޭ މުވައްޒަފުންނަށް، ގާނޫނުގެ ދަށުން ހާމަކުރުން ލާޒިމު، އާމްދަނީގެ މައުލޫމާތާއި، ލިބޭ ފައިސާގެ މައުލޫމާތާއި، އެހެނިހެން މައުލޫމާތު ހާމަކޮށްނުދީ ހިފަހައްޓައިގެން؛ ނުވަތަ
- ދައްކަން ޖެހޭ ޓެކްސް ނުވަތަ ޑިއުޓީ ނުދައްކައިގެން.
(ށ) މާނަކުރުން
"ދައުލަތުގެ މުވައްޒަފު" ކަމަށް ބުނެފައި އެވަނީ، އިންތިހާބުކުރެވޭ މަގާމެއް ކަމުގައި ވީނަމަވެސް، ނުވަތަ އައްޔަންކުރެވޭ މަގާމެއް ކަމުގައި ވީނަމަވެސް، ނުވަތަ ދާއިމީ ވަޒީފާއެއް ކަމުގައި ވީނަމަވެސް، ނުވަތަ ވަގުތީ ވަޒީފާއެއް ކަމުގައި ވީނަމަވެސް، ނުވަތަ ކޮންޓްރެކްޓް އުސޫލުން ނުވަތަ އެނޫން އުސޫލަކުން ހަވާލުކުރެވޭ ވަޒީފާއެއް ކަމުގައި ވީނަމަވެސް، ދައުލަތް ހިންގުމުގެ ބާރާއި، ގާނޫނު ހެދުމުގެ ބާރާއި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ މަގާމުތަކުގައި ތިބޭ ފަރާތްތަކާއި އެތަންތަނުގެ މުވައްޒަފުންނާއި، މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި އެތަންތަނުގެ މުވައްޒަފުންނާއި، ދައުލަތުގެ ކުންފުނިތަކާއި ދައުލަތުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކުގެ މަގާމުތަކުގައި ތިބޭ ފަރާތްތަކާއި އެތަންތަނުގެ މުވައްޒަފުން ހިމެނޭގޮތުން، ދައުލަތުގެ ބަޖެޓުން އުޖޫރަ ނުވަތަ މުސާރަ ނުވަތަ އިނާޔަތް ދޭ، ނުވަތަ އެނޫންވެސް ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ހަމަ ކޮންމެ މުވައްޒަފަކަށެވެ. އަދި މި ގާނޫނުގެ މަގްސަދަށްޓަކައި، ގާނޫނަކުން އުފައްދާފައިވާ ރެގިއުލޭޓަރީ ބޮޑީތަކުގެ މެންބަރުންނާއި މުވައްޒަފުން ދައުލަތުގެ މުވައްޒަފުންގެ މާނައިގައި ހިމެނޭނެއެވެ. (އިސްލާހު ކުރެވިފައި)
(ނ) ދަރަޖަކުރުން
މި ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
ގާނޫނީ ގޮތުން ރައްދުކުރަންޖެހޭ ށަރުއީ ލިޔުމެއް ރައްދުކުރުމަށް ހުރަސްއެޅުން
534 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) މަދަނީ ނުވަތަ ޖިނާއީ މައްސަލައެއްގައި، ށަރުއީ ނުވަތަ ގާނޫނީ ލިޔުމެއް ނުވަތަ ކޯޓެއްގެ އަމުރު ރައްދުކުރުމަށް ނުވަތަ ތަންފީޒުކުރުމަށް އެނގިހުރެ ދަތިކުރުން ނުވަތަ ހުރަސްއެޅުން.
(ށ) ދަރަޖަކުރުން
މި ކުށަކީ ޖުނަހްގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ.
ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ މުވައްޒަފަކަށް އެހީނުވުން
535 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ:
- ގާނޫނު ތަންފީޒުކުރުމުގެ މުއައްސަސާއެއްގެ މުވައްޒަފެއްކަން އޭނާއަށް އެނގޭ މީހަކު، އޭނާގެ އެހީއަށް އެދުމުން؛ އަދި
- އަންނަނިވި ކަންކަން އެ މުވައްޒަފަކު ކުރުމުގައި، އެނގިހުރެ އެކަށީގެންވާ ގޮތުގައި އެހީތެރިވެނުދިނުން:
- އެ މުވައްޒަފަކު ހައްޔަރުކުރުން ހުއްދަ މީހަކު ހައްޔަރުކުރުމުގައި؛ ނުވަތަ
- ކުށެއް ކުރުން ހުއްޓުވުމުގައި.
(ށ) ދަރަޖަކުރުން
މި ކުށަކީ ޖުނަހްގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.
ފިލައިގެން އުޅޭ މީހާއަށް އެހީތެރިވެދިނުން ނުވަތަ އޭނާ ފޮރުވައިދިނުން
536 ވަނަ މާއްދާ - ކުށް ކަނޑައެޅުން

- ކުށެއް ކޮށްފައިވާ މީހަކު ހައްޔަރުކުރިއަނުދިނުމަށްޓަކައި؛ އަދި
- ކުށްކޮށްފައިވާ މީހާ ތަނެއްގައި ބަހައްޓައިދިނުން ނުވަތަ އޭނާއަށް އެހީތެރިވެދިނުން ނުވަތަ އޭނާ ފޮރުވައިދިނުން؛
- މިކުށުން ކުށްވެރިވާނީ ކުށެއް ކޮށްފައިވާ މީހާއަކީ، ތިމާގެ ފިރިމީހާ ނުވަތަ އަނބިމީހާ ނުވަތަ މަންމަ ނުވަތަ ބައްޕަ ނުވަތަ މާމަ ނުވަތަ ކާފަ ނުވަތަ ދަރިފުޅު ނުވަތަ ބޭބެ ނުވަތަ ދައްތަ ނުވަތަ ކޮއްކޮކަމުގައި ނުވާނަމައެވެ.
(ށ) ދަރަޖަކުރުން
- ކުށެއް ކޮށްފައިވާ މީހާ ކޮށްފައިވަނީ ޖިނާޔަތުގެ ކުށެއްނަމަ، އޭނާ ފޮރުވައިދިނުމާއި ފިލުމަށް އެހީތެރިވެދިނުމަކީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.
- އެނޫން ހާލަތްތަކުގައި، އެ ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
ފިލުން އަދި މީހުން ބަންދުކުރާ މަރުކަޒަކަށް ރިޕޯޓުނުކުރުން
537 ވަނަ މާއްދާ - ކުށް ކަނޑައެޅުން

- އެ މީހާއަކީ:
- ކުށެއްގެ ތުހުމަތުގައި ނުވަތަ ކުށެއް އެ މީހާގެ މައްޗަށް ސާބިތުވެގެން ޖިނާއީ ބަންދެއްގައި ހުރި މީހަކު ކަމުގައިވުން؛ ނުވަތަ
- ގާނޫނު ތަންފީޒުކުރުމުގެ މުއައްސަސާއެއްގެ މުވައްޒަފަކަށް އޮތް ގާނޫނީގޮތުން ހުއްދަ ބާރެއްގެ ދަށުން ކޮށްފައިވާ ބަންދެއްގައި ހުރި މީހަކު ކަމުގައިވުން؛ ނުވަތަ
- ސިކުނޑީގެ ހާލަތު ސިއްހީ ގޮތުން ބެލުމަށްޓަކައި، ނަފުސާނީ ނުވަތަ ސިކުނޑީގެ ފަރުވާދޭ މަރުކަޒެއްގައި ހުރި މީހަކު ކަމުގައިވުން؛ ނުވަތަ އެފަދަ މަރުކަޒަކަށް ފޮނުވުމަށްޓަކައި ކޮށްފައިވާ ބަންދެއްގައި ހުރި މީހަކު ކަމުގައިވުން؛ އަދި
- އެނގިހުރެ:
- ބަންދުކޮށްފައިވާ ތަނުން ފިލުން ނުވަތަ ޖިނާއީ ބަންދެއްގައި ހައްޔަރުކޮށްފައިވާ މަރުކަޒެއްގެ މުވައްޒަފެއްގެ ބެލުމުގެ ދަށުގައި ވަނިކޮށް ފިލުން؛ ނުވަތަ
- އޭނާ ބަންދުކޮށްފައިވާ ތަނަށް ހާޒިރުނުވުން؛ ނުވަތަ އޭނާ ޖިނާއީ ބަންދުގައި ހުރި ތަނަށް ވަކި މުއްދަތަކުން ވަކި މުއްދަތަކަށްގޮސް އަންގަންޖެހޭ މީހާއަށް ނޭންގުން؛ ނުވަތަ
- ކަނޑައެޅިފައިވާ މުއްދަތަކަށް ދޫކޮށްފައިވާ ދޫކުރުމުން އެނބުރި ނައުން، ނުވަތަ ދުވަހު މަސައްކަތަށް ދޫކޮށްފައިވާ ދޫކުރުމުން ނުވަތަ ދުވަހަކަށް ދޫކޮށްފައިވާ ދޫކުރުމުން އެނބުރި ނައުން؛ ނުވަތަ
- ޕްރޮބޭށަންގައި ނުވަތަ ގޭބަންދުގައި ހުރުމަށް ދޫކުރިއިރު ކޮށްފައިވާ ށަރުތަކާ ހިލާފުވުން.
(ށ) މާނަކުރުން
- "ޖިނާއީ ބަންދު" ކަމަށް ބުނެފައި އެވަނީ ދައުލަތުގެ ބަންދެއްގައި، އަންނަނިވި ކަންތައްތައް ހިމެނޭ ގޮތުން ހުންނަ ހުރުމަށެވެ:
- ށަރީއަތަށް ހާޒިރުކުރުމުގެ ކުރިން ޖަލުގައި ބަންދުކުރެވޭ ބަންދުކުރުން؛ ނުވަތަ ހައްޔަރުކުރުމަށްފަހު ބަންދުގައި ބެހެއްޓޭ ބެހެއްޓުން؛
- ކަނޑައެޅޭ ހުކުމެއްގެ ދަށުން ޖަލުގައި ނުވަތަ މީހުން ބަންދުކުރާ މަރުކަޒެއްގައި ބަންދުކުރެވޭ ބަންދުކުރުން؛ ނުވަތަ
- ވަކި މީހެއްގެ ބެލެހެއްޓުމުގެ ދަށުން ނުވަތަ ޕެރޯލުގެ ދަށުން ދޫކޮށްފައިވާ ދޫކުރުން؛ ނުވަތަ
- ގޭގައިބަންދުކޮށްފައި ހުންނަ ހުރުން؛ ނުވަތަ
- ޕްރޮބޭށަނަށް ދޫކޮށްފައި ހުންނަ ހުރުން.
- "މީހުން ބަންދުކުރާ މަރުކަޒު" ކަމަށް ބުނެފައި އެވަނީ އަންނަނިވި ސަބަބުތަކަށްޓަކައި މީހުން ބަންދުކޮށްފައި ބޭތިއްބުމަށް ހަދާފައިވާ ތަނަކަށެވެ:
- ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރުމަށް؛ ނުވަތަ
- ކުށެއްގެ ތުހުމަތުގައި އޭނާގެ މައްޗަށް ށަރީއަތް ކުރެވުމަށް ނުވަތަ އޭނާގެ މައްޗަށް ކުށެއް ސާބިތުވެގެން ހުކުމްކުރެވުމަށް؛ ނުވަތަ
- އަންނަނިވި ކަންކަމާ ގުޅިގެން ހައްޔަރުކޮށްފައި ބޭތިއްބުމަށް:
(ހހ) ކުށަކާ ގުޅިގެން؛ ނުވަތަ
(ށށ) ޕްރޮބޭށަނާ ހިލާފުވެގެން؛ ނުވަތަ
(ނނ) ޕެރޯލާ ހިލާފުވެގެން؛ ނުވަތަ
(ރރ) ވަކިގޮތަކަށް ބެލެހެއްޓުމަށް ކަނޑައެޅޭ ހާލަތުގައި އެގޮތާ ހިލާފުވެގެން؛ ނުވަތަ ށަރީއަތުގެ ކުރިން ބޭއްވޭ އަޑުއެހުމެއް ނުވަތަ ކަފާލާތުގެ މިންވަރު ކަނޑައެޅުމަށް އަޑުއެހުމެއް ބޭއްވުމަށް.
(ނ)
-
ދަރަޖަކުރުން: ފިލުން
މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ (ii) ގައި ބަޔާންކޮށްފައިވާ ކުށަކީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ. -
އަންގަންޖެހޭ މީހަކަށް ނޭންގުން: ފުރަތަމަ ދަރަޖަ
މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ (i) ން (iv) އަށް ބަޔާން ކޮށްފައިވާ ކުށެއް ކޮށްފިނަމަ އެކުށަކީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ. އެއީ ބަންދުގައި ހުރީ ޖިނާޔަތުގެ ކުށަކާ ގުޅިގެންކަމުގައިވާނަމައެވެ. -
އަންގަންޖެހޭ މީހަކަށް ނޭންގުން: ދެވަނަ ދަރަޖަ
އެނޫން ހާލަތްތަކުގައި އެކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
ފިލުން ހުއްދަކުރުން
538 ވަނަ މާއްދާ - ކުށް ކަނޑައެޅުން

- ބަންދުގައި ހުރި މީހާ ފިލުމަށް މަގުފަހިކޮށްދިނުން ނުވަތަ އެހީތެރިވެދިނުން؛ ނުވަތަ
- މީހުން ބަންދުކުރާ މަރުކަޒެއްގެ މުވައްޒަފަކަށްހުރެ އޭނާގެ ބެލުމުގެ ދަށުގައި ބަންދުގައި ހުރި މީހަކު ފިލުމަށް އެހީތެރިވެދިނުން.
(ށ) މާނަކުރުން
"މީހުން ބަންދުކުރާ މަރުކަޒެއްގެ މުވައްޒަފު" ކަމަށް ބުނެފައި އެވަނީ:
- މީހުން ބަންދުކުރާ މަރުކަޒެއްގެ އިންތިހާބުކޮށްފައިވާ ނުވަތަ އައްޔަންކޮށްފައިވާ އޮފިސަރަށާއި، ޓްރަސްޓީއަށާއި އެފަދަ މަރުކަޒެއްގެ މުވައްޒަފަކަށެވެ. ނުވަތަ
- އެ މީހުން ބަންދުކުރާ މަރުކަޒެއް ހިންގުން ހަވާލުކުރެވިފައިވާ އިދާރާއެއްގެ މުވައްޒަފަކަށެވެ؛ ނުވަތަ
- މީހުން ބަންދުކުރާ މަރުކަޒާއެކު ނުވަތަ މީހުން ބަންދުކުރާ މަރުކަޒުގެ ހިންގުން ހަވާލުކުރެވިފައިވާ އިދާރާއާއެކު ކުރެވޭ ކޮންޓްރެކްޓެއްގެ ދަށުން އެ ތަނަށް ހިދުމަތްތަކެއް ފޯރުކޮށްދޭ މީހުންނަށެވެ. މީގެ ތެރޭގައި އެ ތާނގައި ހައްޔަރުކޮށްފައި ތިބޭ ނުވަތަ އެތަނުގެ ބެލުމުގެ ދަށުގައި ތިބޭ މީހުން ބެލެހެއްޓުމާއި، ކޮންޓްރޯލުކުރުމާއި، ސުޕަވައިޒްކުރުމުގެ ވަޒީފާދީފައިވާ މުވައްޒަފުންވެސް ހިމެނެއެވެ.
(ނ) ދަރަޖަކުރުން: ޖިނާޔަތުގެ ކުށެއް ކޮށްފައިވާ މީހާ ފިލުމަށް އެހީވުން
- ބަންދުކޮށްފައި ހުރި މީހާ ބަންދުކޮށްފައި ހުރީ ޖިނާޔަތުގެ ކުށެއް ކޮށްގެން ކަމުގައިވާނަމަ އޭނާ ފިލުމަށް އެހީތެރިވެދިނުމުގެ ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
- އެނޫން ހާލަތްތަކުގައި އެ ކުށަކީ ޖުނަހްގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ.
މަނާކުރެވިފައިވާ އެއްޗެއް މީހުން ބަންދުކުރާ މަރުކަޒަކަށް ގެނައުން ނުވަތަ ގެނައުން ހުއްދަކުރުން؛
މީހުން ބަންދުކުރާ މަރުކަޒެއްގައި މަނާ އެއްޗެއް ގެންގުޅުން
539 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި އަންނަނިވި އަމަލުކުރާ މީހާ އެކަން ކުރަނީ ހުއްދައެއްނެތި އަދި އެނގިހުރެގެންކަމަށްވާނަމަ، އެކުރަނީ ކުށެކެވެ:
- މަނާކޮށްފައިވާ އެއްޗެއް މީހުން ބަންދުކުރާ މަރުކަޒަކަށް ގެނައުމާއި؛ ނުވަތަ
- މީހުން ބަންދުކުރާ މަރުކަޒެއްގައި ބަންދުކޮށްފައި ތިބޭ މީހުންނަށް ފަސޭހައިން އެ އެއްޗެއް ހޯދިދާނެ ހިސާބެއްގައި އެ އެއްޗެއް ބެހެއްޓުމާއި؛
- މީހުން ބަންދުކުރާ މަރުކަޒެއްގައި އެ އެއްޗެއް ގެންގުޅުން.
(ށ) މާނަކުރުން
(ށ) "މަނާކޮށްފައިވާ އެއްޗެއް" ކަމަށް ބުނެފައި އެވަނީ މީހުން ބަންދުކުރާ މަރުކަޒަކަށް ގެނެވޭ އެއްޗެހީގެ ތެރެއިން ނުވަތަ އެ މީހުން ބަންދުކުރާ މަރުކަޒުގައިވާ އެއްޗެހީގެ ތެރެއިން އަންނަނިވި އެއްޗެއްސަށެވެ:
- ބަޑި، ސްޓަން ގަން، ޓޭޒަރ ގަން؛
- ބަޑީގެ ވަޒަނާއި، ކާޓްރިޖާއި، ށެލާއި އަދި ވަޒަނުގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެހި؛
- ފަނާކުރަނިވި މާއްދާއެއް؛
- ގާނޫނެއްގެ ދަށުން ކޮންޓްރޯލް ކުރެވިފައިވާ މަސްތުވާއެއްޗެއް؛
- މަސްތުވާއެއްޗެއް ބޭނުންކުރުމަށްޓަކައި ބޭނުންކުރާ އާލާތެއް؛
- ނުރައްކާތެރި ހަތިޔާރެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެނޫންވެސް އެއްޗެއް؛
- ތަނުގެ ސަލާމަތީފިޔަވަޅުތައް ބޭކާރުކޮށްލެވޭ ފަދަ ހަތިޔާރެއް ނުވަތަ އާލާތެއް؛ އޭގެ ތެރޭގައި އަތުބިޑިއާއި، ސަލާމަތީ ގޮތުން މީހަކު ހިފެހެއްޓުމަށްޓަކައި ބޭނުންކުރާ އެއްޗެއްގެ ތަޅުދަނޑިއާއި، ތަޅު ހުޅުވުމަށް ބޭނުންކުރާ އެއްޗެއްސާއި، ބިޑީގެ ތަޅުނައްޓައިލުމަށް ބޭނުންކުރެވިދާނެ އެއްޗެއްސާއި، މީހުން ބަންދުކުރާ މަރުކަޒުގެ އެކިއެކި ގޮޅިތަކުގެ ދޮރުތަކާއި ގޭޓުތަކާއި ކޮޓަރިތަކާއި މީހުން ބަންދުކުރާ މަރުކަޒުގެ އެހެނިހެން ސަރަހައްދުތައް ހުޅުވިދާނެ ބާވަތުގެ އެއްޗެހި ހިމެނެއެވެ؛
- ކަފަންބޭނުންކުރާ ނުވަތަ ބުރިކުރެވޭ ބާވަތުގެ އާލާތް؛ އޭގެތެރޭގައި ތިލައާއި ކަޓަރާއި، ދަގަނޑު ކެނޑިދާނެ ބާވަތުގެ އެއްޗެހި ހިމެނެއެވެ؛ ނުވަތަ
- އިލެކްޓްރޯނިކް އެއްޗެހީގެ ތެރެއިން މަނާ އެއްޗެހި ކަމުގައި މީހުން ބަންދުކުރާ މަރުކަޒަކުން ކަނޑައަޅާފައިވާ އެއްޗެހި؛ އޭގެ ތެރޭގައި އިލެކްޓްރޯނިކް ރެކޯޑުކުރެވޭ އެއްޗެއްސާއި، ވީޑިއޯ ރެކޯޑުކުރެވޭ އެއްޗެއްސާއި، ސެލިއުލަރ ޓެލެފޯނާއި، ސެލިއުލަރ ޓެލެފޯނުގެ ބެޓެރީއާއި، ވީޑިއޯ ޓޭޕް ރެކޯޑަރާއި، ޕޭޖަރާއި، ކޮންޕިއުޓަރާއި، ކޮންޕިއުޓަރުގެސާމާނު ހިމެނެއެވެ؛
- ބަނގުރާގެ ބާވަތްތަކާއި؛
- އެނޫންވެސް މީހުން ބަންދުކުރާ މަރުކަޒަކަށް ހުއްދަނޫންކަމަށް ގާނޫނުގައި ނުވަތަ އެ މަރުކަޒެއްގެ އަމުރެއްގައި ކަނޑައަޅާފައިވާ އެއްޗެހި.
(ނ) ދަރަޖަކުރުން: މަނާކޮށްފައިވާ އެއްޗެހި
- މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުން (3) ވަނަ ނަންބަރަށް، މަނާކޮށްފައިވާ އެއްޗެއް މީހުން ބަންދުކުރާ މަރުކަޒަކަށް ވެއްދުމަކީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
- މި މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރުން (10) ވަނަ ނަންބަރަށް މަނާކުރެވިފައިވާ އެއްޗެއް މީހުން ބަންދުކުރާ މަރުކަޒަކަށް ވެއްދުމަކީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.
- އެނޫން ހާލަތްތަކުގައި އެ ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
- އެ ކުށް ކުރީ މީހުން ބަންދުކުރާ މަރުކަޒެއްގެ މުވައްޒަފެއް ކަމުގައިވާނަމަ އެ ކުށަށް ދޭ އަދަބު އެއް ދަރަޖަ އިތުރުވާނެއެވެ.
ހެކި ދިނުމަށް ހުރި މީހަކަށް ނުވަތަ ވޯޓު ދޭން ހުރި މީހަކަށް ނުވަތަ ދައުލަތުގެ މަސައްކަތެއް ކުރުމަށް ހުރި މީހަކަށް ބިރުދެއްކުމާއި، ނުރަނގަޅު ގޮތުގައި ނުފޫޒު ފޯރުވުމާއި ދެކޮޅުހެދުން
540 ވަނަ މާއްދާ - ކުށް ކަނޑައެޅުން

- އަންނަނިވި ހާލަތްތަކުގައި:
- މީހަކު މިނިވަންކަމާއި، ތެދުވެރިކަމާއެކު ށަރުއީ މަޖިލީހެއްގައި ހެކި ދިނުމަށް ހުރަސްއެޅުމުގެ މަގްސަދުގައި؛ ނުވަތަ
- ހެކި ދިނުމަށް ހުރި މީހަކަށް ނުވަތަ ވޯޓު ދިނުމަށް ހުރި މީހަކަށް ނުވަތަ ވޭތުވެދިޔަ ތަނުގައި، ނުވަތަ މިހާރު، ނުވަތަ ކުރިއަށް އޮތް ތަނުގައި ހެކި ދީފާނެ، ނުވަތަ ވޯޓް ދީފާނެ، ނުވަތަ އެމީހެއްގެ އާންމު ވާޖިބެއް އަދާކުރުމުގައި ކޮށްފައިވާ ކަމެއް ނުވަތަ ނުކޮށް ދޫކޮށްލާފައިވާ ކަމަކާ ގުޅިގެން މީހަކަށް ގޯނާކުރުމާއި، ބިރުދެއްކުމާއި، ނުފޫޒު ފޯރުވުމާއި އުދަނގޫ ފޯރުވުމުގެ މަގްސަދުގައި؛
- އޭނާ:
- މީހެއްގެ ހަށިގަނޑަށް ބޮޑެތި އަނިޔާ ލިބިދާ ފަދަ ކުށެއް، ނުވަތަ ގާނޫނާ ހިލާފުވާ ގޮތަކަށް އޭނާ ތަނެއްގައި ހިފެހެއްޓޭ ބާވަތުގެ ކުށެއް، ނުވަތަ އެހެން މީހެއްގެ މުދަލަށް ބޮޑެތި ގެއްލުން ލިބިދާނެ ފަދަ ކަމެއް ކުރުން ނުވަތަ އެއިން ކަމެއް ކޮށްފާނެކަމުގެ ބިރުދެއްކުން؛ ނުވަތަ
- އެނޫންވެސް ކުށެއް ކުރުން ނުވަތަ ކޮށްފާނެކަމުގެ ބިރުދެއްކުން؛ ނުވަތަ
- ގާނޫނީ ގޮތުން ހުއްދަކޮށްފައިނުވާ މަންފާއެއް ދިނުމަށް ހުށަހެޅުން ނުވަތަ ދިނުން؛ ނުވަތަ
- ގާނޫނުގައި މަނާކޮށްފައިވާ ސީދާ ނުވަތަ ނުސީދާ ގޮތުން ނަމަވެސް އެއިން މީހަކާ މުއާމަލާތެއް ކުރުން.
(ށ) ދަރަޖަކުރުން
- މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ (i) ން (iii) އަށް ބަޔާންކޮށްފައިވާ ކުށެއް ކޮށްފިނަމަ، އެ ކުށަކީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.

ކޯޓަށް ހާޒިރުނުވުން
541 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލު ކުރާ މީހާ އެކުރަނީ ކުށެކެވެ:
- ކޯޓަށް ހާޒިރުވުމަށް އެންގުމުން ކޯޓަށް ހާޒިރުވާ ގޮތަށް، ނުވަތަ މީހަކުދޭ ޔަގީންކަމެއްގެ މައްޗަށް، ކަފާލާތުގައި ބަންދުން ދޫކުރެވިފައިވަނިކޮށް:
- ކޯޓަށް ހާޒިރުވުމަށް އަންގާފައިވާ ދުވަހު ހާޒިރުނުވުން؛ ނުވަތަ
- އޭނާ ބަންދުން ދޫކޮށްފައިވާ ށަރުތުތަކުގެ ތެރެއިން ށަރުތަކާ ހިލާފުވުން؛ އަދި
- ޖިނާއީ މައްސަލައެއްގައި ދައުވާ ރައްދުވާ މީހެއްގެ ގޮތުގައި ކޯޓަށް ހާޒިރުވުމަށް އަމުރުކޮށްފައިވަނިކޮށް ނުވަތަ ލިޔުމެއް ނުވަތަ އެހެނިހެން ތަކެތި ހުށަހެޅުމަށް އަންގާފައިވަނިކޮށް، އެ އަމުރުކޮށްފައިވާ ގޮތަށް އަމަލުނުކުރުން.
(ށ) ދަރަޖަކުރުން
މި ކުށަކީ އޭނާ ބަންދުކޮށްފައި ހުރި ކުށުގެ ދަރަޖައަށް ވުރެ އެއް ދަރަޖަ ތިރީގައިވާ ކުށެކެވެ. ނަމަވެސް، މި ކުށް، ޖުނަހްގެ 2 ވަނަ ދަރަޖައިގެ ކުށަކަށް ވުރެ ދަރަޖަ މައްޗެއް ނުވާނެއެވެ.
މާނަކުރުން
542 ވަނަ މާއްދާ - މާނަކުރުން
(ހ) "ހަށިގަނޑަށް ލިބޭ އަނިޔާ" އަށް ދީފައިވަނީ މި ގާނޫނުގެ 17 ވަނަ މާއްދާގެ (7) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ށ) "ފަނާކުރަނިވި މާއްދާ" އަށް ދީފައިވަނީ މި ގާނޫނުގެ 121 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ނ) "މީހުން ބަންދުކުރާ މަރުކަޒެއްގެ މުވައްޒަފު" އަށް ދީފައިވަނީ މި ގާނޫނުގެ 538 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
(ރ) "މީހުން ބަންދުކުރާ މަރުކަޒު" އަށް ދީފައިވަނީ މި ގާނޫނުގެ 537 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ބ) "ބަންދުގައި މީހުން ބައިތިއްބާ ތަނެއް ބަލަހައްޓާ މުވައްޒަފު" އަށް ދީފައިވަނީ މި ގާނޫނުގެ 532 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
(ޅ) "ނުރައްކާތެރި ހަތިޔާރު" އަށް ދީފައިވަނީ މި ގާނޫނުގެ 120 ވަނަ މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ކ) "ބަޑި" އަށް ދީފައިވަނީ މި ގާނޫނުގެ 710 ވަނަ މާއްދާގެ (ރ) ގެ (4) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(އ) "ދައުލަތުގެ މުވައްޒަފު" އަށް ދީފައިވަނީ މި ގާނޫނުގެ 533 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
(ވ) "މަނާކޮށްފައިވާ އެއްޗެހި" އަށް ދީފައިވަނީ މި ގާނޫނުގެ 539 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
(މ) "ގާނޫނު ތަންފީޒުކުރާ މުވައްޒަފު" އަށް ދީފައިވަނީ މި ގާނޫނުގެ 521 ވަނަ މާއްދާގެ (ރ) ގައި ދީފައިވާ މާނަކުރުމެވެ.
(ފ) "ޖިނާއީ ބަންދު" އަށް ދީފައިވަނީ މި ގާނޫނުގެ 537 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ދ) "މުދާ" އަށް ދީފައިވަނީ މި ގާނޫނުގެ 17 ވަނަ މާއްދާގެ (82) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
610 ވަނަ ބާބު
އަމަންއާންމާއި، ރައްކާތެރިކަމާއި، އަހްލާގީ މިންގަނޑުތަކާ ގުޅޭ ކުށް
އަމަންއާންމާއި ރައްކާތެރިކަމުގެ ކުށް
610 ވަނަ މާއްދާ - ރަޔަޓްކުރުމާއި ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލުން
611 ވަނަ މާއްދާ - ކުލީސިފައިން ހޯދުން
612 ވަނަ މާއްދާ - ގަޒުފުގެ ކުށް
613 ވަނަ މާއްދާ - ވަކި ގަވާއިދަކުން ހިންގަންޖެހޭ ވިޔަފާރިއެއް ހުއްދަނެތި ހިންގުމާއި، ލައިސަންސްނެތި އިމްޕޯޓުކުރުމާއި، ހުއްދަނަގަންޖެހޭ ކަމެއް، ހުއްދަނުނަގައި ކުރުން
614 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ވަނުން
615 ވަނަ މާއްދާ - އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލުކުރުން
616 ވަނަ މާއްދާ - ރަމަޒާންމަހު ރޯދަނުހިފުމާއި ބަނގުރާ ބުއިމާއި އޫރުމަސް ކެއުން
617 ވަނަ މާއްދާ - އިސްލާމްދީނާ އިދިކޮޅު އަމަލުތައް
618 ވަނަ މާއްދާ - އެހީތެރިވެދިނުމުގެ ވާޖިބު
619 ވަނަ މާއްދާ - މާނަކުރުން
ރަޔަޓްކުރުމާއި ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލުން
610 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) ރަޔަޓްކުރުމާއި ނުވަތަ ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމަށް ހިތްވަރު ދޭ މީހާއާއި، އެއިން ކަމަކަށް އެހީތެރިވެދޭ މީހާއާއި، އެއިން ކަމެއް ކުރާ މީހާ، އެކުރަނީ ކުށެކެވެ.
(ށ) އިސްތިސްނާ
ސުލްހަވެރި އެއްވުމެއްގައި ބައިވެރިވާ މީހާ އެކުރަނީ ކުށެއް ނޫނެވެ.
(ނ) ދަރަޖަކުރުން: ބަގާވާތްކުރުމަށް ހިތްވަރު ދިނުން
- ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމުގެ ބޭނުމުގައި 5 މީހުންނަށް ނުވަތަ އެއަށްވުރެ ގިނަ ބަޔަކަށް ހިތްވަރު ދޭ ނުވަތަ އަމުރުކުރާ ނުވަތަ އިރުށާދު ދޭ، ނުވަތަ ހަދަންވީގޮތް ބަޔާންކޮށްދޭ މީހާ އެކުރަނީ ޖިނާޔަތުގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ.
-
ރަޔަޓްކުރުމަށް ހިތްވަރު ދިނުން
ރަޔަޓްކުރުމަށް އަންނަނިވި މީހުންނަށް ހިތްވަރުދޭ ނުވަތަ އަމުރުކުރާ ނުވަތަ އިރުށާދު ދޭ ނުވަތަ ހަދަންވީގޮތް ބަޔާންކޮށްދޭ މީހާ އެކުރަނީ ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.- ފަހެއް (5) މީހުންނަށް ނުވަތަ އެއަށްވުރެ ގިނަ ބަޔަކަށް؛ ނުވަތަ
- ދިވެހިރާއްޖޭގެ ސިފައިންގެ ބަޔަކަށް.
-
ބައާވާތެއްގައި ބައިވެރިވުން
ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމުގައި މީހަކު ބައިވެރިވެއްޖެނަމަ އެ މީހަކު އެކުރަނީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ. -
ރަޔަޓްކުރުމުގައި ބައިވެރިވުން
އެނޫން ހާލަތެއްގައި އެކުރަނީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.
(ރ) އަދަބު ކަނޑައެޅުމުގައި ބަލާ ނުކުތާ
- މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައާއި، (ނ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަމަލު މީހަކު ކުރާއިރު އެ މީހާއަކީ ބަގާވާތެއްގައި ނުވަތަ ރަޔަޓެއްގައި އިސްކޮށް ހަރަކާތްތެރިވި މީހެއްކަމުގައިވާނަމަ، ކުށުގެ ހުކުމް ކަނޑައެޅުމުގެ މިންގަނޑުތަކުން އެންމެ އަސާސީ މިންގަނޑަށްވުރެ އޭނާގެ ކުށުގެ އަދަބު އެއް ދަރަޖަ އިތުރު ވާނެއެވެ.
- ރަޔަޓެއް ނުވަތަ ބަގާވާތެއް ކުރުމުގައި، މި މާއްދާގައި ބަޔާންކޮށްފައިވާ ކުށެއް މީހަކުކުރާނަމަ، އަދި އޭނާ އެތަނަށް އައުމުގެ ކުރީގައި، އެކަން ހިނގާނެކަން ނުވަތަ ހިނގައިފާނެކަން އޭނާއަށް ގަބޫލުކުރެވޭކަމަށްވާނަމަ، ކުށުގެ ހުކުމް ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ، އޭނާގެ ކުށުގެ އަދަބު އެއް ދަރަޖަ އިތުރު ވާނެއެވެ.
ކުލީސިފައިން ހޯދުން
611 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) ކުލީސިފައިން ހޯދާނަމަ ނުވަތަ ބޭނުންކުރާނަމަ ނުވަތަ އެ މީހުންނަށް މާލީ ގޮތުން އެހީތެރިވާނަމަ ނުވަތަ އެ މީހުން ތަމްރީނުކުރުވާނަމަ، އެކަން ކުރާ މީހާ، އެކުރަނީ ކުށެކެވެ.
(ށ) މާނަކުރުން
"ކުލީސިފައިން" ގެ މީހެއްކަމަށް ބުނެފައި އެވަނީ:
- ހަމަނުޖެހުންތަކުގައި ނުވަތަ ސަރުކާރު ވައްޓާލުމުގައި ބާރުގެ ބޭނުންކުރުމަށް ނުވަތަ ސަރުކާރުގެ ގާނޫނީ ހައިސިއްޔަތު ވައްޓާލުމަށް މަސައްކަތްކުރުމަށް ހާއްސަ ގޮތުގައި ތަމްރީނުކުރެވިފައިވާ މީހާއަށް؛ އަދި
- އެފަދަ ހަމަނުޖެހުންތަކުގައި އެގޮތަށް މަސައްކަތްކުރުމުން އެއިން އޭނާއަށް އަމިއްލަ މަންފާއެއް ކުރާތީ އެކަމުގެ ށައުގުވެރިކަން އޮތް، އަދި މަގާމުގެ ނުވަތަ ފެންވަރުގެ ރަސްމީ ހައިސިއްޔަތުން މަސައްކަތްކުރާ ސިފައިންނަށްވުރެ އިތުރު މާއްދީ މަންފާތައް ލިބޭނެކަމުގެ އުންމީދު އޮތް މީހާއަށް؛ އަދި
- ހަމަނުޖެހުން އުފެދިގެން އުޅޭ ގައުމުގެ ރައްޔިތަކަށް ނުވާ އަދި މައްސަލަ އުފެދިގެންއުޅޭ މީހުން ނިސްބަތްވާ ގައުމުގެ ރައްޔިތަކަށްވެސް ނުވާ މީހާއަށް؛ އަދި
- ހަމަނުޖެހުމުގައި ބައިވެރިވާ ދެފަރާތުންކުރެ ފަރާތެއްގެ ސިފައިންގެ މީހަކަށް ނުވުމާއި؛
- އޭނާ ފޮނުވައިފައިވަނީ ހަމަނުޖެހުމުގައި ބައިވެރިވާ ދެ ފަރާތުންކުރެ ފަރާތަކަށް ނުވާ ގައުމަކުންކަމުގައިވުން.
(ނ) ދަރަޖަކުރުން
މި ކުށަކީ ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.
ގަޒުފުގެ ކުށް
612 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ.
- މި ގާނޫނުގެ 411 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޒިނޭގެ ކުށް މީހަކު ކޮށްފިކަމަށް ނުވަތަ ކުރަމުން ދާކަމަށް ދޮގު ތުހުމަތެއްކުރުން.
(ށ) ދަރަޖަކުރުން
- މި ކުށަކީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
-
އިތުރު އަދަބު ހުއްދަކުރުން
މި ގާނޫނުގެ 90 ވަނަ ބާބުގެ ދަށުން ހުއްދަކޮށްފައިވާ އަދަބުގެ އިތުރަށް 80 އެތިފަހަރުން ޖަލްދުކުރުމުގެ އަދަބު މި ގާނޫނުގެ 411 ވަނަ މާއްދާގެ (ޅ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މި ކުށަށް ހުއްދަކުރެވިގެންވެއެވެ.
ވަކި ގަވާއިދަކުން ހިންގަންޖެހޭ ވިޔަފާރިއެއް ހުއްދަނެތި ހިންގުމާއި، ލައިސަންސްނެތި އިމްޕޯޓުކުރުމާއި، ހުއްދަނަގަންޖެހޭ ކަމެއް، ހުއްދަނުނަގައި ކުރުން
613 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލު ކުރާ މީހާ އެކުރަނީ ކުށެކެވެ.
- ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ހޯދަންޖެހޭ ހުއްދަ ނުވަތަ ލައިސަންސް ހޯދުމަކާ ނުލައި؛ އަދި
- ގާނޫނުގައި ވަކިގޮތަކަށް ކަނޑައަޅާފައިވާ ވިޔަފާރިއެއް ކުރުމާއި، ރާއްޖެއަށް އެއްޗެހި އިމްޕޯޓުކުރުން.
(ށ) ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ހޯދަންޖެހޭ ހުއްދައެއް ހޯދައިގެން މެނުވީ ކުރުން ހުއްދަނޫންކަމެއް، އެފަރާތުގެ ހުއްދަ ހޯދުމަކާ ނުލައި ކުރާ މީހާ އެކުރަނީ ކުށެކެވެ.
(ނ) ދަރަޖަކުރުން: ނުރައްކާތެރި އެއްޗެހި އިމްޕޯޓުކުރުން
- މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށް ކުރުމުގައި، މީހަކު ރާއްޖެއަށް އެތެރެކުރަނީ ބަޑިއެއް، ނުވަތަ ފަނާކުރަނިވި މާއްދާއެއް ކަމުގައިވާނަމަ އޭނާ އެކުރަނީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.
- ބަނގުރަލާއި އޫރުމަހުގެ ވިޔަފާރި
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މީހަކު ވިޔަފާރި ކުރުމުގެތެރޭގައި ނުވަތަ އެއްޗެހި އިމްޕޯޓުކުރުމުގެ ތެރޭގައި ބަނގުރާ ނުވަތަ އޫރުމަސް އުފައްދާނަމަ ނުވަތަ އޭގެ ވިޔަފާރިކުރާނަމަ، ނުވަތަ އެ ބަހާނަމަ، އޭނާ އެކުރަނީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ. -
ހުއްދަނެތި ކުރެވޭ ވިޔަފާރި
އެނޫން ހާލަތްތަކުގައި، ހުއްދަނެތި ކުރާ ވިޔަފާރިއަކީ ޖުނަހްގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ. -
ހުއްދަނަގަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުން
މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކުށަކީ ޖުނަހްގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ.
ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ވަނުން
614 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) ހުއްދަ ހޯދުމަކާނުލައި، ނުވަތަ ލައިސަންސެއް ނެތި، ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ވަންނަ މީހާ އެކުރަނީ ކުށެކެވެ.
(ށ) ދަރަޖަކުރުން
- ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ވަންނަ މީހާ އެ ސަރަހައްދަށް ވަންނަނީ ހުއްދައެއް ނުވަތަ ލައިސަންސެއް ނެތި، މަސް ބޭނުމުގެ މަގްސަދުގައި ކަމަށްވާނަމަ، އޭނާ އެކުރާ ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
- އެނޫން ހާލަތްތަކުގައި އެ ކުށަކީ ޖުނަހްގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ.
(ނ) މާނަކުރުން
"ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދާ އިންވެގެން އޮންނަ އަދި ކަނޑުގެ ސަރަހައްދު ގުނަން ފަށާ ހިސާބުން ފެށިގެން 200 ނޯޓިކަލް މޭލާ ހަމައަށް އެ ފުޅާމިނުގައި އޮންނަ ކަނޑުގެ ސަރަހައްދަށެވެ. އަދި އެ ސަރަހައްދުގެ ތެރޭގައިވާ ދިރުންހުރި އެއްޗެއްސާއި ދިރުންނެތް އެއްޗެއްސާއި އިގްތިސާދީ ވަސީލަތްތަކާއި ކަނޑާ ގުޅުންހުރި އެކިއެކި ސައިންޓިފިކް ތަހްލީލުތައް ކުރުމާއި ޕޮލިއުށަން ހިފެހެއްޓުމާއި މި ކަންކަން ކުރުމުގެ ބާރު ދިވެހިރާއްޖެއަށް ލިބިގެންވާ ސަރަހައްދަށެވެ.
އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލުކުރުން
615 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އާންމު ތަނެއްގައި ހުރި އެއްވެސް މީހަކު، އެ މީހެއްގެ އަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން، ނުވަތަ އުނދަގޫވާނެކަން، ނުވަތަ ބިރު ހީވާނެކަން އެނގިހުރެ އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް ކުރާނަމަ އެކުރަނީ ކުށެކެވެ.
- މާރާމާރީއާއި، ތަޅާފޮޅުމާއި، ހަރުކަށިކޮށް ނުވަތަ ބިރު އުފެދޭ ގޮތަށް އުޅުން؛ ނުވަތަ
- އެކަށީގެން ނުވާ ވަރަށް އަޑުގަދަކުރުން؛ ނުވަތަ
- ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމާއި ހަޑިހުތުރު އަމަލުތައްކުރުން؛ ނުވަތަ
- އާންމު ތަނެއްގައި ނުވަތަ ތަންތަނުގައި، ކަނޑައެޅިގެން ވަކި މީހެއްގެ ފަހަތުން ދިއުން؛ ނުވަތަ
- ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުން؛ ނުވަތަ
- ޖާއިޒު މަގްސަދެއް ހާސިލު ނުވާނެ އަމަލަކުން ނުރައްކާތެރި، ނުވަތަ މާއްދީގޮތުން ހުތުރު، ނުވަތަ މީހުން ބިރުގަންނަފަދަ ހާލަތެއް އުފެއްދުން.

ރަމަޒާންމަހު ރޯދަނުހިފުމާއި ބަނގުރާ ބުއިމާއި އޫރުމަސް ކެއުން
616 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) ދިވެހިރައްޔިތަކު އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް، އަންނަނިވި ގޮތުގެމަތިން ކޮށްފިނަމަ، އެކަންކުރާ މީހާ އެކުރަނީ ކުށެކެވެ.
- ގަބޫލުކުރެވޭ ފަދަ، ދީނީ ނުވަތަ ސިއްހީ ނުވަތަ ސިއްހަތާ ގުޅުން ހުރި ސަބަބެއްނެތި ރަމަޒާންމަހު، ރޯދަނުހިފުމާއި، ރޯދައަށްހުރެ ރޯދަ ދޫކޮށްލުން؛ ނުވަތަ
- އޫރުމަސް ނުވަތަ އޫރުމަސް ބޭނުންކޮށްގެން އުފައްދާފައިވާ ތަކެތި ކެއުން؛ ނުވަތަ
- ބަނގުރާ ބުއިން.
(ށ) ދަރަޖަކުރުން
- މިކުށަކީ ޖުނަހްގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.
- މި ގާނޫނުގެ 90 ވަނަ ބާބުގެ ދަށުން ހުއްދަކޮށްފައިވާ އަދަބުގެ އިތުރަށް 40 އެތިފަހަރުން ޖަލްދުކުރުމުގެ އަދަބު މި ގާނޫނުގެ 411 ވަނަ މާއްދާގެ (ޅ) ގެ (3) ވަނަ ނަންބަރުގައި ހުއްދަކޮށްފައިވާ ގޮތުގެމަތިން، މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ (ii) ގައިވާ ކުށަށް، ހުއްދަކުރެވިގެންވެއެވެ.
އިސްލާމްދީނާ އިދިކޮޅު އަމަލުތައް
617 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އެއްވެސް މީހަކު އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް ކުރާނަމަ އެ މީހާ އެކުރަނީ ކުށެކެވެ:
- މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އާންމުންގެ ކުރިމަތީގައި، އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔައި، ދީނީ ތަގްރީރުކުރުން؛ ނުވަތަ
- އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔައި، އެކިއެކި ލިޔުންތައް ތައްޔާރުކުރުމާއި، ބެހުމާއި، ވިއްކުމާއި، އުފެއްދުން؛ ނުވަތަ
- ދިވެހިރާއްޖޭގައި އޮރިޔާން ކާޑު އުފެއްދުން ނުވަތަ އަތުގައި ބެހެއްޓުން ނުވަތަ ގެންގުޅުން، ނުވަތަ ދިނުން ނުވަތަ ވިއްކުން ނުވަތަ ފެތުރުން ނުވަތަ ދިވެހިރާއްޖެއަށް ގެނައުން؛ ނުވަތަ
- އަޅުކަންކުރަން ގެންގުޅޭ ބުދު ދިވެހިރާއްޖޭގައި އުފެއްދުން ނުވަތަ އަތުގައި ބެހެއްޓުން ނުވަތަ ގެންގުޅުން، ނުވަތަ ދިނުން ނުވަތަ ވިއްކުން ނުވަތަ ފެތުރުން ނުވަތަ ދިވެހިރާއްޖެއަށް ގެނައުން؛ ނުވަތަ
-
މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް އާންމު ތަނެއްގައި، އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައިބަހުން ނުވަތަ އަމަލުން، މާތް الله އަށް ނުވަތަ ކީރިތި ގުރުއާނަށް ނުވަތަ ކީރިތި ރަސޫލާއަށް ނުވަތަ ކީރިތި ރަސޫލާގެ ސުންނަތަށް ނުވަތަ އިސްލާމްދީނަށް ފުރައްސާރަކުރުން. (އިތުރު ކުރެވިފައި)
- މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް، އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ އަމަލުން،މާތް الله އާމެދު ނުވަތަ ކީރިތި ގުރުއާނާމެދު ނުވަތަ ކީރިތި ރަސޫލާއާމެދު ނުވަތަ ކީރިތި ރަސޫލާގެ ސުންނަތާމެދު ނުވަތަ އިސްލާމްދީނާމެދު ދޮގު މައުލޫމާތު ފެތުރުން ނުވަތަ އެފަދަ އަމަލެއް ކުރުމުގައި ބައިވެރިވުން. (އިތުރު ކުރެވިފައި)
- ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމާއި، މީހުންގެ މެދުގައި ދީނީގޮތުން ބައިބައިވުން އުފެދޭ ބާވަތުގެ ވާހަކަ ދެއްކުމާއި، އެފަދަ ގޮތްގޮތަށް އަމަލުކުރުން. (ނޯޓް: ގާނޫނުގެ 5ވަނަ އިސްލާހުގެ 2ވަނަ މާއްދާއިން މި ނަންބަރުގެ ކުރިއަށް 5، 6 އިތުރު ކުރުމުން މި ނަންބަރަށް ބަދަލު އަންނާނެ)
(ށ) ދަރަޖަކުރުން
މި ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
އެހީތެރިވެދިނުމުގެ ވާޖިބު
618 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ.
-
- ކުރިމަތިވެދާނެކަން އެނގޭ ނުރައްކަލެއްގެ އިންޒާރު، އެކަށީގެންވާ ސަބަބެއްނެތި ނުރައްކަލެއްގައިވާ މީހާއަށް ނުދިނުން؛ ނުވަތަ
- އެހީއަށް ބޭނުންވެފައިވާ މީހާއަށް، އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށްނުދިނުން؛ ނުވަތަ
- އޭނާއަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ހާލަތެއްގައި ހުރުމާއި އަދި އިންޒާރު ދެވިދާނެ ހާލަތެއްގައި ހުރުން؛ އަދި
- އޭނާއަށް ނުވަތަ އެހެން މީހަކަށް ވިޔަސް އެއްވެސް ބާވަތެއްގެ މާއްދީ ނުރައްކަލެއް ނުވާނެފަދައަކުން އެހީތެރިކަން ފޯރުވައިދެވިދާނެ ނުވަތަ އިންޒާރުދެވިދާނެފަދަ ހާލަތެއްގައި ހުރުން؛ އަދި
- ގާނޫނުން ނުވަތަ އެއްބަސްވުމެއްގެ ދަށުން އޭނާގެ މައްޗަށް ލާޒިމުކޮށްފައިވާ އެއަށްވުރެ މަތީ ވާޖިބެއް ދޫކޮށްލަންނުޖެހި އިންޒާރުދެވެން އޮތުން ނުވަތަ އެހީތެރިވެދެވެން އޮތުން.
(ށ) ނުރައްކަލުގައިވާ މީހާ ނުވަތަ އެހީއަށް ބޭނުންވެފައިވާ މީހާ
- މި ގާނޫނުގެ ބޭނުމަށްޓަކައި "ނުރައްކަލުގައިވާ މީހާ" ކަމަށް ބުނެފައި އެވަނީ:
- އެމީހާގެ ހަށިގަނޑަށް ލިބޭ އަނިޔާއެއްގެ ސަބަބުން ނުވަތަ ޖެހޭ ބައްޔެއްގެ ސަބަބުން ނުވަތަ ގުދުރަތީ ހާދިސާއެއްގެ ސަބަބުން ނުރައްކަލާ ކުރިމަތިލާން ޖެހިފައިވާ
- އަނިޔާވެރި ކުށަކާ ކުރިމަތިލާންޖެހިފައިވާ މީހާއަށް؛
- "އެހީއަށް ބޭނުންވެފައިވާ މީހާ" ކަމަށްބުނެފައި އެވަނީ:
- ލިބޭ އަނިޔާއަކުން ނުވަތަ ޖެހޭ ބައްޔަކުން ނުވަތަ ގުދުރަތީ ހާދިސާއެއްގެ ސަބަބުން ހަށިގަނޑަށް ގެއްލުން ލިބިފައިވާ މީހާއަށް؛ ނުވަތަ
- އަނިޔާވެރި ކުށެއްގެ ށިކާރައަކަށް ވެފައިވާ މީހާއަށެވެ.
(ނ) މަދަނީ ބަދަލު ދިނުމުން އިމްތިޔާޒު ލިބިގެންވުން
މި މާއްދާގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭ މީހާ ނުވަތަ އިންޒާރުދޭ މީހާކުރާ އަމަލެއްގެ ސަބަބުން ލިބޭ ގެއްލުމަށް ބަދަލު ދިނުމުން އޭނާއަށް އިމްތިޔާޒު ލިބިގެންވާނެއެވެ. އެއީ އޭނާ އެކުރާ އަމަލުކުރީ ހެޔޮނިޔަތުގައިކަމަށްވުމާއި، އެކަންކުރުމަށް އޮތް އެކަށޭނަ މިންގަނޑުތަކުގެ ތެރޭގައި ކަމަށްވުމާއި، އަދި އެހީތެރިކަން ފޯރުކޮށްދިނުމާއި އަޅާލުމުގެ ވާޖިބު އަދާކުރުމަށް އޮންނަ މިންގަނޑުތަކުގެ ތެރޭގައިކަމަށްވާނަމައެވެ.
(ރ) އެހެންގޮތަކަށް ސާބިތުނުވާހާހިނދަކު ވަކި ގޮތަކަށް ގަބޫލުކުރުން
އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު އަންނަނިވި އަމަލުތައް މީހެއްގެ ފަރާތުން ފެނިފައިވާނަމަ އެހީތެރިކަމަށް ބޭނުންވެފައިވާ މީހަކަށް އެހީތެރިކަން ފޯރުކޮށްނުދިންކަމަށް، ފަނޑިޔާރު ގަބޫލުކުރަންވާނެއެވެ.
- މަސައްކަތްކުރާ ޓެލެފޯނެއް ނުވަތަ ރޭޑިޔޯއެއް އޭނާގެ ކޮންޓްރޯލުގައި އޮވެ، ނުވަތަ އެއިން އެއްޗެއް އޭނާއަށް ލިބޭ ހިސާބުގައިވާކަން އެނގިހުރެ؛
- އެހީތެރިކަމަށް ބޭނުންވެފައިވާ މީހާއަށް އެހީތެރިވުމަށްޓަކައި ސިއްހީ މަސައްކަތްތެރިންނަށް ނުވަތަ ގާނޫނު ތަންފީޒުކުރާ އިދާރާގެ މީހުންނަށް އަންގާފައިވާކަމަށް ގަބޫލުކުރާނެ ސަބަބެއް ނެތި؛
- އެ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ގޮތުން ސިއްހީ މަސައްކަތްތެރިންނަށް ނުވަތަ ގާނޫނު ތަންފީޒުކުރާ އިދާރާއަށް އެކަން އަންގާފައިނުވުން.
(ބ) ދަރަޖަކުރުން
މި ކުށަކީ ޖުނަހްގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.
މާނަކުރުން
619 ވަނަ މާއްދާ - މާނަކުރުން
(ހ) "ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު" އަށް ދީފައިވަނީ މި ގާނޫނުގެ 614 ވަނަ މާއްދާގެ (ނ) ގައި ދީފައިވާ މާނަކުރުމެވެ.
(ށ) "ކުލީސިފައިން" އަށް ދީފައިވަނީ މި ގާނޫނުގެ 611 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
(ނ) "ޖިންސީ އަމަލު" އަށް ދީފައިވަނީ މި ގާނޫނުގެ 131 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
620 ވަނަ ބާބު
އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލު ހިންގުމުގެ ކުށް
620 ވަނަ މާއްދާ - ހަށިވިއްކުން
621 ވަނަ މާއްދާ - ހަށިވިއްކުމަށް އެހީތެރިވެދިނުމާއި ހިތްވަރު ދިނުން
622 ވަނަ މާއްދާ - ހަޑިހުތުރު ލިޔުމާއި، ތަކެތި އުފެއްދުމާއި، ބެހުން
623 ވަނަ މާއްދާ - މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުން
624 ވަނަ މާއްދާ - އިންސާނާގެ ހަށިގަނޑުގެ ބައިތައް ވިއްކުން
625 ވަނަ މާއްދާ - ޖަނަވާރަށް އަނިޔާވެރި އަމަލުކުރުން
626 ވަނަ މާއްދާ - މާނަކުރުން
ހަށިވިއްކުން
620 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) ފައިސާ ނުވަތަ އަގުހުރި އެއްޗެއްގެ މުގާބިލުގައި، ތިމާގެ އަނބިމީހާ ނުވަތަ ފިރިމީހާ ނޫން މީހަކާއެކު ޒިނޭކޮށްފިނަމަ ނުވަތަ ޖިންސީ މުއާމަލާތެއް ހިންގައިފިކަމަށް ވާނަމަ، އެ އަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ.

ހަށިވިއްކުމަށް އެހީތެރިވެދިނުމާއި ހިތްވަރު ދިނުން
621 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) ފައިސާ ނުވަތަ އަގު ހުރި އެއްޗެއްގެ މުގާބިލުގައި، އަންނަނިވި އަމަލު ކުރާ މީހާ އެކުރަނީ ކުށެކެވެ.
- ހަށިވިއްކުމުގެ އަމަލެއް ނުވަތަ އަމަލުތަކެއް ކުރުމަށް މީހަކަށް މަޖުބޫރުކުރުން؛ ނުވަތަ
- ހަށިވިއްކުމުގެ އަމަލެއް ނުވަތަ އަމަލުތަކެއް ހިންގުމަށް ހިތްވަރު ދިނުމާއި އެކަން ހަމަޖައްސައިދިނުމާއި އެނޫންގޮތަކަށްވެސް އެކަމަށް މަގުފަހިކޮށްދިނުން؛ ނުވަތަ
- އޭނާގެ ބާރުގެ ދަށުގައިވާ ތަނެއް، ހަށިވިއްކުމުގެ އަމަލެއް ނުވަތަ އަމަލުތަކެއް ހިންގުމަށް ބޭނުންކުރުމުގެ ހުއްދަ ދިނުން.
(ށ) ދަރަޖަކުރުން
- ހަށިވިއްކުމުގެ އަމަލު ހިންގުމަށް ކުޑަކުއްޖަކަށް ހިތްވަރުދޭނަމަ ނުވަތަ އެހީތެރިވާނަމަ އެކުރަނީ ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ
- އެނޫން ހާލަތްތަކުގައި އެއީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
ހަޑިހުތުރު ލިޔުމާއި، ތަކެތި އުފެއްދުމާއި، ބެހުން
622 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އެއްޗެއްގެ ހަޑިހުތުރުކަން އެނގިހުރެ، ނުވަތަ އޭގައިވާ އެއްޗަކީ ހަޑިހުތުރު އެއްޗެއްކަން އެނގިހުރެ، އަންނަނިވި އަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ.
- ހަޑިހުތުރު އެއްޗެހި ހިމެނޭ ފޮޓޯއާއި، ލިޔުމާއި، މަންޒަރާއި، ރެކޯޑާއި އަދި އެނޫންވެސް ހަޑިހުތުރު ސިފަ ހާމަކޮށްދޭ ނުވަތަ ދައްކުވައިދޭ އެއްޗެހި ވިއްކުމާއި ރައްދުކުރުމާއި ދިނުން؛ ނުވަތަ
- ހަޑިހުތުރު މަންޒަރުތައް ހިމެނޭ ތަމްސީލެއް، ސްޓޭޖްށޯއެއް ނުވަތަ ނެށުމެއް ހުށަހަޅައިދިނުމާއި، އެފަދަކަމެއް އޭނާގެ އިރުށާދުގެ މަތިން ކުރުން؛
- އެއްވެސް ހަޑިހުތުރު އެއްޗެއް ހިމެނޭ ވަސީލަތެއް ށާއިއުކުރުމާއި އާންމުކޮށް ހުޅުވާލައިގެން ދެއްކުމާއި އެނޫންވެސް ގޮތަކުން މީހުންނާ ހަމައަށް އެފަދަ އެއްޗެއް ފޯރުކޮށްދިނުން؛ ނުވަތަ
- އަގެއްގެ މުގާބިލުގައި، އެއްވެސް ބާވަތެއްގެ ހަޑިހުތުރު އަމަލެއް، އަމިއްލައަށް ކުރުން، ނުވަތަ ހަޑިހުތުރު އަމަލަކަށް ބެލެވޭ ފަދަ ގޮތަކަށް އަމިއްލަ ހަށިގަނޑު ދެއްކުން؛ ނުވަތަ
- ހަޑިހުތުރު އެއްޗެހި ހުރިކަމަށް ދައްކައިގެން އެއްޗެއް އިށްތިހާރުކުރުމާއި އެ ވިއްކުމަށް ހިތްވަރު ދިނުން؛ ނުވަތަ
- މި މާއްދާއާ ހިލާފަށް ބެހުމުގެ ނިޔަތުގައި، ހަޑިހުތުރު އެއްޗެހި ހިމެނިގެންވާ ލިޔުމާއި އެހެނިހެން އެފަދަ އެއްޗެހި އުފެއްދުމާއި ގަތުމާއި ހޯދުމާއި އަތުގައި ބެހެއްޓުން؛ ނުވަތަ
(ށ) އިސްތިސްނާ
ހަޑިހުތުރު އެއްޗެހި ހިމެނޭ ލިޔުމެއް ނުވަތަ އެހެންވެސް އެއްޗެއް މީހަކު ބެހީ ސައިންޓިފިކް ގޮތުން ނުވަތަ އެހެންވެސް ހުއްދަ ސަބަބެއް އޮވެގެން އެފަދަ އެއްޗެހި ބެހެއްޓިދާނެ ފަދަ މަރުކަޒަކަށް ނުވަތަ ބަޔަކަށްކަމުގައިވާނަމަ، އޭނާ އެކުރަނީ މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން (6) ވަނަ ނަންބަރަށް ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން ކުށެއް ނޫނެވެ.
(ނ) އެހެން ގޮތަކަށް ސާބިތުނުވާހައި ހިނދަކު ގަބޫލުކުރާނެ ގޮތް
އެއިން އިތުރު އެއްޗެހި އުފެއްދިދާނެ ގޮތަށް ނުވަތަ އޭގެ އިތުރު ކޮޕީ ހެދިދާނެ ގޮތަށް ހަޑިހުތުރު އެއްޗެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މޯލްޑެއް، ޕްލޭޓެއް ނުވަތަ އެ ބާވަތުގެ އެއްޗެހި މީހަކު އުފައްދައިފިކަމަށް ވާނަމަ ނުވަތަ ގަނެފިކަމަށް ވާނަމަ ނުވަތަ ހޯދައިފިކަމަށް ވާނަމަ ނުވަތަ އަތުގައި ބަހައްޓައިފިކަމަށްވާނަމަ، އެކަމެއް އެކުރީ އެފަދަ އެއްޗެހި އާންމުކޮށް ބެހެއްޓުމުގެ ބޭނުމުގައިކަމަށް، އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު، ފަނޑިޔާރު ގަބޫލުކުރަންވާނެއެވެ.
(ރ) މާނަކުރުން
އެއްޗެއް ނުވަތަ ތަމްސީލެއް ނުވަތަ ހުށަހަޅައިދޭ ހަރަކާތްތަކެއް "ހަޑިހުތުރު" ކަމަށް ބެލެވެނީ ދިވެހި މުޖްތަމައުގެ އާންމު މީހަކު، ދިވެހި މުޖްތަމައުގެ މިހާރުގެ މީހުން ގަބޫލުކުރާ އާންމު ހަމަތަކުގެ އަލީގައި އެ އެއްޗެއް ބެލުމަށްފަހު އަންނަނިވި ގޮތްތަކުން ކުރެ ގޮތަކަށް،
އެ އެއްޗަކާ މެދު ނުވަތަ އެ ކަމަކާ މެދު ދެކޭނެ ނަމައެވެ:
- މުޅި އެއްޗަށް ނިސްބަތްކުރާއިރު، އެ އެއްޗަކީ ނުވަތަ އެ ހުށަހެޅުމަކީ ނުވަތަ އެ ތަމްސީލަކީ ށަހުވާނީ މަސްލަހަތެއް އެކުލެވިގެންވާ އެއްޗެއްކަމުގައި ގަބޫލުކުރުން؛ ނުވަތަ
- ކަނޑައެޅިގެން ހުތުރުވާ ގޮތަށް، ށަހުވާނީ އަމަލުތައް ރަމްޒުކޮށްދޭ ނުވަތަ ތަމްސީލުކޮށްދޭ އެއްޗަކަށްވުން.
(ބ) ދަރަޖަކުރުން
- މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން (6) ވަނަ ނަންބަރަށް ބަޔާންކޮށްފައި ހުރި ކުށްކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެވެ.
- އެނޫން ހާލަތްތަކުގައި އެ ކުށަކީ ޖުނަހްގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.
-
ކުޑަކުދިންގެ ހަޑިހުތުރު އަމަލެއް ދެއްކުން
މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށްކުރުމުގައި ހިމެނިގެންވާ ހަޑިހުތުރު އެއްޗަކީ ނުވަތަ ހުށަހެޅުމަކީ އަންނަނިވި ފަރާތްތަކުގެ ތެރެއިން ފަރާތަކަށް ނިސްބަތްވާ އެއްޗެއް ނުވަތަ ހުށަހެޅުމަކަށްވާނަމަ، އެކުށުގެ ދަރަޖަ ކަނޑައެޅިފައިވާ ނިސްބަތަށްވުރެ 1 ދަރަޖަ އިތުރުވާނެއެވެ.- ކުޑަކުއްޖަކަށްވުން؛ ނުވަތަ
- އޭނާއަށް އެ ކުރެވޭ ކަމެއް ވިސްނައިގަތުމުގެ ތަސައްރުފެއް ނެތް މީހަކަށްވުން.
މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުން
623 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) ގާނޫނު ހުއްދަކުރާ ގޮތެއްގެމަތިން ހިންގާ އަމަލު ފިޔަވައި، މައްޔިތާއާމެދު މީހަކު ހިންގާ އަމަލަކުން އެ މައްޔިތާ ނިސްބަތްވާ އާއިލާގެ މީހުންގެ ތެރޭގައި ނަފްރަތު އުފެދޭނެކަމަށްވާނަމަ، އެ މީހާ އެކުރަނީ ކުށެކެވެ.
(ށ) ދަރަޖަކުރުން
މި ކުށަކީ ޖުނަހްގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ.
އިންސާނާގެ ހަށިގަނޑުގެ ބައިތައް ވިއްކުން
624 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އިންސާނާގެ ހަށިގަނޑުގެ ބައެއް ކަމުގައި ބެލެވޭ އެއްޗެއް އެނގިހުރެ ވިއްކުމަކީ ނުވަތަ ގަތުމަކީ އެ މީހާކުރާ ކުށެކެވެ.
(ށ) އަންނަނިވި ހާލަތްތަކުގައި މީހަކު، އިންސާނާގެ ހަށިގަނޑުގެ ބަޔަކަށް އަގު ދިނުމަކީ ނުވަތަ ލިބިގަތުމަކީ، އެ މީހާކުރާ ކުށެއް ނޫނެވެ.
- ސައިންޓިފިކް ބޭނުމަކަށްޓަކައި ނުވަތަ ސިއްހީ ބޭނުމަކަށްޓަކައި، ހަށިގަނޑުގެ ބައެއް ނުވަތަ ހަށިގަނޑުން ދިޔަވަރެއް ނަގާތީ، ހިނގާ ހަރަދު އަނބުރާ ލިބިދިނުމުގެ ގޮތުން ދެވޭ މުދާ ނުވަތަ ފައިސާ؛ ނުވަތަ
- ސިއްހީ ފަރުވާއާގުޅޭ މަށްރޫއެއްގެ ދަށުން ނުވަތަ އިންށުއަރެންސްގެ މަށްރޫއެއްގެ ދަށުން މީހަކަށްދެވޭ މުދާ ނުވަތަ ފައިސާ؛ ނުވަތަ
- ސައިންޓިފިކް ބޭނުމަކަށްޓަކައި އިންސާނާގެ ހަށިގަނޑުގެ ބައެއް ނުވަތަ ދިޔައެއް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށާއި، ހުރި ތަނަކުން ނެގުމަށާއި ވަކި ތަނެއްގައި ރައްކާކުރުމަށް ހިނގާ އެކަށީގެންވާ ހަރަދުތައް އަނބުރާ ދިނުމުގެ ގޮތުން ދެވޭ މުދާ ނުވަތަ ފައިސާ؛ ނުވަތަ
- ސިއްހީ ނުވަތަ ސައިންޓިފިކް ތަހްލީލުގައި ނުވަތަ ސިއްހީ ފަރުވާދިނުމުގައި ނުވަތަ ބައްޔެއް ދެނެގަތުމަށްޓަކައި ބޭނުންކުރުމަށް އިންސާނާގެ ހަށިގަނޑުގެ ބަޔަކުން އުފައްދައިފައިވާ ބޭސް ނުވަތަ ރީއޭޖެންޓް ނުވަތަ އެހެންވެސް މާއްދާތައް ވިއްކުމާއި ގަތުން.
(ނ) ދަރަޖަކުރުން
މި ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
ޖަނަވާރަށް އަނިޔާވެރި އަމަލުކުރުން
625 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) މީހެއްގެ އިހްމާލުން އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް ކޮށްފިކަމަށްވާނަމަ އެމީހާ އެކުރަނީ ކުށެކެވެ:
- އަނިޔާވެރިކަމާ އެކު ޖަނަވާރަކާ މެދު އަމަލުކުރުން؛ ނުވަތަ
- އޭނާގެ ބެލެހެއްޓުމުގެ ދަށުގައިވާ ޖަނަވާރަކަށް އަޅާނުލައި ދޫކޮށްލުން.
(ށ) އިސްތިސްނާ
ސައިންޓިފިކް ތަހްލީލުކުރުމުގައި އަމަލުކުރެވޭ ހަމަތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ނުވަތަ ޖަނަވާރަށް ބޭސްފަރުވާކުރުމުގައި އަމަލުކުރެވޭ ހަމަތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން މީހަކުކުރާ އަމަލަކީ ކުށެއް ނޫނެވެ.

(ހ) "ހަޑިހުތުރު" އަށް ދީފައިވަނީ މި ގާނޫނުގެ 622 ވަނަ މާއްދާގެ (ރ) ގައި ދީފައިވާ މާނަކުރުމެވެ.
(ށ) "ޖިންސީ އަމަލު" އަށް ދީފައިވަނީ މި ގާނޫނުގެ 131 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
(ނ) "ޒިނޭކުރުން" އަށް ދީފައިވަނީ މި ގާނޫނުގެ 411 ވަނަ މާއްދާގެ (ޅ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
710 ވަނަ ބާބު
ހަތިޔާރާ ގުޅޭ ކުށް
710 ވަނަ މާއްދާ - ކުށެއް ކުރުމުގައި ނުރައްކާތެރި ހަތިޔާރެއް ބޭނުންކުރުން
711 ވަނަ މާއްދާ - ބަޑި ނުވަތަ ފަނާކުރަނިވި މާއްދާ ހިމެނޭ އެއްޗެއް ވިއްކުމާއި އުފެއްދުމާއި އެއް ތަނުން އަނެއް ތަނަށް ގެންދިއުމާއި ގެންގުޅުން
712 ވަނަ މާއްދާ - މާނަކުރުން
ކުށެއް ކުރުމުގައި ނުރައްކާތެރި ހަތިޔާރެއް ބޭނުންކުރުން
710 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) ކުށެއް ކުރުމުގައި ނުރައްކާތެރި ހަތިޔާރެއް ބޭނުންކުރުން ނުވަތަ އެފަދަ ހަތިޔާރެއް އޮތްކަން ދެއްކުމަކީ އޭނާކުރާ ކުށެކެވެ.
(ށ) ދަރަޖަކުރުން
- ކުށްކުރުމުގައި މީހަކު ބަޑިޖަހައިފި ކަމަށްވާނަމަ، އޭނާ އެކުރަނީ ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.

(ނ) އޮޓޮމެޓިކް ނުވަތަ ސެމީއޮޓޮމެޓިކް ބަޑި ބޭނުންކޮށްފިނަމަ ކުށުގެ ބުރަދަން އިތުރުވުން
މީހަކު ކުށެއް ކުރުމުގައި، އޮޓޮމެޓިކް ނުވަތަ ސެމީއޮޓޮމެޓިކް ހަތިޔާރެއް ބޭނުންކޮށްފިނަމަ، އޭނާ އެކުރި ކުށަކީ އެހެން ހާލަތްތަކާ އަޅައި ބަލާއިރު، އެއް ދަރަޖަ އިތުރުވެގެންވާ ކުށެކެވެ.
(ރ) މާނަކުރުން
- "އޮޓޮމެޓިކް ބަޑި" ކަމަށް ބުނެފައި އެވަނީ، ޓްރިގަރަށް ފިތައިލުމުން ޓްރިގަރ އޮބިފައި ހުންނަހާހިނދަކު، އެ ބަޑިން މެދުކެނޑުމެއްނެތި ވަޒަން ޖެހޭ ފަދަ އޮޓޮމެޓިކް ލޯޑިންގ އެކްށަން ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ބަޑިއެވެ.
- "އޮޓޮމެޓިކް ލޯޑިންގ" ކަމަށް ބުނެފައި އެވަނީ، އިންސާނެއްގެ އެހީތެރިކަމެއްނެތި ބަޑީގެ ހޮޅީގެ ތެރެއަށް ވަޒަންލައިދޭ ގޮތަށް ތައްޔާރުކޮށްފައިވާ ވަސީލަތަށެވެ.
- "ނުރައްކާތެރި ހަތިޔާރު":
- އަށް ދީފައިވަނީ މި ގާނޫނުގެ 120 ވަނަ މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ؛ އަދި
- ނުރައްކާތެރި ހަތިޔާރުގެ މާނައިގައި، ބަޑިއާއި ވަޒަން ފޮނުވާގޮތަށް ހަދާފައި ހުންނަ އެހެން ބާވަތްތަކުގެ ވަސީލަތްތަކާއި ނިއުމެޓިކް ގަން، ސްޕްރިންގ ގަން، ޕެއިންޓްބޯލް ގަން، ބީބީ ގަން، ސްޓަން ގަން ނުވަތަ ޓޭޒަރއާއި ތޫނު ހަތިޔާރާއި، ކޯރާޑިއާއި، ވަޅިއާއި، ރޭޒަރުތިލައާއި، މިފަދަ އެއްޗެހި ހިމެނެއެވެ.\
- "ބަޑި" ކަމަށް ބުނެފައި އެވަނީ، ވަޒަންނުކުންނަ ގޮތަށް، ނުވަތަ އެންމެ މަދުވެގެން 60 ފޫޓަށް ވަޒަން ދަތުރުކުރާ ވަރުގެ ބާރު މިން ލިބޭ ގޮތަށް ތައްޔާރުކޮށްފައިވާ ބަޑިއަށެވެ.
- "ސެމީއޮޓޮމެޓިކް ބަޑި" ކަމަށް ބުނެފައި އެވަނީ، ޓްރިގަރަށް ފިތައިލާ ކޮންމެ ފަހަރަކު ވަކި ވަރަކަށް ވަޒަން ޖެހޭފަދަ އޮޓޮމެޓިކް ލޯޑިންގ އެކްށަން ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ބަޑިއަށެވެ.
(ބ) އަދަބު ކަނޑައެޅުމުގައި ބަލަންޖެހޭ ނުކުތާ
އިރު އޮއްސުމާއިއިރު އެރުމާ ދެމެދު ހިނގާ ވަގުތުގައި ކުށުގެ އެ އަމަލު ހިންގައިފިނަމަ މި ގާނޫނުގެ 1002 ވަނަ މާއްދާގައި އަދަބު ކަނޑައެޅުމުގެ މިންގަނޑު އަންގައިދޭ ތާވަލުގައި ބަޔާންކޮށްފައިވާ އަސާސީ އަދަބުގެ މިންގަނޑުން އެއް ދަރަޖަ އެ ކުށުގެ އަދަބަށް އިތުރުކުރެވިގެންވެއެވެ.
ބަޑި ނުވަތަ ފަނާކުރަނިވި މާއްދާ ހިމެނޭ އެއްޗެއް ވިއްކުމާއި އުފެއްދުމާއި
އެއް ތަނުން އަނެއް ތަނަށް ގެންދިއުމާއި ގެންގުޅުން
711 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) ލައިސަންސެއްނެތި ނުވަތަ ސަރުކާރުގެ ސީދާ ހުއްދައެއްނެތި، އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް އެނގިހުރެ ކުރާ މީހާ އެކުރަނީ ކުށެކެވެ:
- ފަނާކުރަނިވި މާއްދާއެއް ހިމެނޭ އެއްޗެއް އުފެއްދުމާއި، ގެންގުޅުމާއި، ވިއްކުމާއި، އެހެން މީހަކަށް ދިނުމާއި އެހެން ތަނަކަށް ގެންދިއުމާއި އެއިން ވިޔަފާރިކުރުން؛ ނުވަތަ
- ބަޑި އުފެއްދުމާއި އެއިން ވިޔަފާރިކުރުން؛ ނުވަތަ
- އެހެން މީހަކަށް ބަޑިއެއް ދިނުން ނުވަތަ އެހެން މީހަކަށް ބަޑިއެއް ވިއްކުން؛ ނުވަތަ
- ބަޑިއެއް ގެންގުޅުން.
(ށ) އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު ގަބޫލުކުރާނެ ގޮތް
އެހެން ގޮތަކަށް ސާބިތުކޮށްނުދެވޭހާ ހިނދަކު:
- މީހެއްގެ އަތުގައި 5 ބަޑިއަށް ވުރެ އިތުރަށް ބަޑި ހުރެއްޖެނަމަ، މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ދާއިރާގެ ތެރެއަށް ފެތޭކަމުގައި ފަނޑިޔާރު ގަބޫލުކުރަންވާނެއެވެ.
- 3 ބަޑިއަށް ވުރެ އިތުރަށް ހުރެއްޖެ ކަމުގައިވާނަމަ މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ދާއިރާގެ ތެރެއަށް ފެތޭކަމުގައި ފަނޑިޔާރު ގަބޫލުކުރަންވާނެއެވެ.
(ނ) ދަރަޖަކުރުން
613 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށުގެ އިތުރަށް:
- މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރަށް ބަޔާންކޮށްފައިވާ ކުށްކުށަކީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެވެ.
- މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށަކީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.
- އެނޫން ހާލަތްތަކުގައި އެ ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
(ރ) އަދަބު އިތުރުވާނެ ނުކުތާ
ގެންގުޅުނު ނުރައްކާތެރި ހަތިޔާރުގެ ތެރޭގައި އޮޓޮމެޓިކް ނުވަތަ ސެމީއޮޓޮމެޓިކް ބަޑި ހިމެނޭކަމަށްވާނަމަ، އެ ކުށުގެ އަދަބު އެއް ދަރަޖަ އިތުރުވާނެއެވެ.
މާނަކުރުން
712 ވަނަ މާއްދާ - މާނަކުރުން
- "އޮޓޮމެޓިކް ބަޑި" އަށް ދީފައިވަނީ މި ގާނޫނުގެ 710 ވަނަ މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "އޮޓޮމެޓިކް ލޯޑިންގ" އަށް ދީފައިވަނީ މި ގާނޫނުގެ 710 ވަނަ މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ފަނާކުރަނިވި މާއްދާ" އަށް ދީފައިވަނީ މި ގާނޫނުގެ 121 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ނުރައްކާތެރި ހަތިޔާރު" އަށް ދީފައިވަނީ މި ގާނޫނުގެ 120 ވަނަ މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ބަޑި" އަށް ދީފައިވަނީ މި ގާނޫނުގެ 710 ވަނަ މާއްދާގެ (ރ) ގެ (4) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ސެމީއޮޓޮމެޓިކް ބަޑި" އަށް ދީފައިވަނީ މި ގާނޫނުގެ 710 ވަނަ މާއްދާގެ (ރ) ގެ (5) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
720 ވަނަ ބާބު
ޓެރަރިޒަމާއި ރާވައިގެން ކުރާ ކުށް
720 ވަނަ މާއްދާ - ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުން
721 ވަނަ މާއްދާ - ފައިސާގެ އެކިއެކި ލިޔުންތައް ނަހަމަ ގޮތުގައި ބޭނުންކުރުން
722 ވަނަ މާއްދާ - މާނަކުރުން
ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުން
720 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ:
- ކުށްކުރާ ޖަމާއަތެއް ހިންގުމުގައި ބައިވެރިވުން؛ ނުވަތަ
- ކުށްކުރާ ޖަމާއަތެއް ހިންގުމުގައި ބައިވެރިކުރުމަށް މީހަކު އެ ޖަމާއަތާ ގުޅުވުން؛ ނުވަތަ
- ކުށްކުރާ ޖަމާއަތަކަށް މާއްދީ ގޮތުންނާއި މާލީގޮތުން އެހީތެރިވެދިނުން؛ ނުވަތަ
- ކުށްކުރާ ޖަމާއަތެއްގެ ހަރަކާތްތަކުން ލިބޭ ފައިސާ ބޭނުންކުރުމާއި އެހެން ކަމެއްގައި އެ ފައިސާ އިންވެސްޓުކުރުން؛ ނުވަތަ
- ކުށްކުރާ ޖަމާއަތެއްގެ ހަރަކާތްތައް އެއްވެސް ގޮތަކުން ކޮންޓްރޯލުކުރުމާއި، އެހަރަކާތްތައް ކުރިއަށް ގެންދަންވީގޮތުގެ އިރުށާދު ދިނުން.
(ށ) މާނަކުރުން
- "ކުށްކުރާ ޖަމާއަތް" ކަމަށް ބުނެފައި އެވަނީ:
- އެ ޖަމާއަތުގައި ހިމެނޭ މެންބަރުންނަކީ، ގުޅިފައިވާ އާންމު އެއް މަގްސަދަކަށްޓަކައި މަސައްކަތްކުރާ ބަޔަކަށްވުމާއި:
(ހހ) އެ ޖަމާއަތުގެ މެންބަރުން ނުވަތަ އެ ޖަމާއަތާ ގުޅިފައިވާ މީހުން މެދުވެރިކޮށް، ކުރިއަށް ގެންދެވޭ ޕްލޭނެއް ނުވަތަ މަގްސަދެއްގެ ބައެއްގެ ގޮތުގައި އަނިޔާވެރިކަން ނުވަތަ ފަނާކުރުން ނުވަތަ އެދެކަންތަކުންކުރެ ކަމެއްގެ ބިރު ދެއްކުން ހިމެނޭ ދެ އަމަލު ނުވަތަ އެއަށްވުރެ ގިނަ އަމަލު ހިންގާފައިވާ ބަޔަކަށްވުން؛ ނުވަތަ
(ށށ) އެ ޖަމާއަތުގެ މެންބަރުން ނުވަތަ އެ ޖަމާއަތާ ގުޅިފައިވާ މީހުން މެދުވެރިކޮށް، މަސްތުވާއެއްޗެހި ވިއްކުމާއި މަސްތުވާއެއްޗެހި އެއް ތަނުން އަނެއް ތަނަށް ގެންގޮސް އޭގެ ވިޔަފާރިކުރުންކަމަށް މާނަކުރެވޭ ދެ އަމަލު ނުވަތަ އެއަށްވުރެ ގިނަ އަމަލު ހިންގާފައިވާ ބަޔަކަށްވުން؛ ނުވަތަ
(ނނ) އެފަދަ ކުށްކުށް ކުރުމަކީ، ނުވަތަ ކުރާނެކަމުގެ ބިރުދެއްކުމަކީ އެ ޖަމާއަތުގެ ބޭނުންކަމުގައި ނުވަތަ މަގްސަދުކަމުގައި އާންމުކޮށް އިއްލާންކޮށްފައިވާ ނުވަތަ ގަބޫލުކޮށްފައިވާ ބަޔަކަށްވުން؛ ނުވަތަ - ދިވެހިސަރުކާރުން ޓެރަރިސްޓް ޖަމާއަތެއްކަމުގައި ނުވަތަ ކުށްކުރާ ޖަމާއަތެއްކަމުގައި ކަނޑައަޅާފައިވާ ޖަމާއަތަކަށްވުން.

- "މާއްދީ އެހީތެރިކަން" ކަމަށް ބުނެފައި އެވަނީ، މާލީ ހިދުމަތާއި، އެ މީހުން ތިބޭނެ ތަންތަން ހަމަޖެއްސުމާއި، އެ މީހުންނަށް ތަމްރީނުދިނުމާއި، އެ މީހުންނަށް އެ މީހުންގެ ށަހްސު އޮޅުވާލުމުގެ ލިޔުންތައް ދިނުމާއި ނުވަތަ އެކަމާގުޅޭ ދޮގު ލިޔުންތައް ތައްޔާރުކޮށްދިނުމާއި، މުއާސަލާތުގެ ވަސީލަތްތައް ފޯރުކޮށްދިނުމާއި، ހަތިޔާރު ދިނުމާއި، ގެއްލުންދެނިވި އެހެންވެސް މާއްދާތަކާއި، ގޮވާއެއްޗެއްސާއި، އެއް ތަނުން އަނެއް ތަނަށް ދިއުމުގެ އުޅަނދުފަހަރާއި މާއްދީ އެކިއެކި މުދަލާއި އެހެނިހެން އެހީ ދިނުން ހިމެނޭ ގޮތަށެވެ. މީގެ ތެރޭގައި ބޭސްފަރުވާއާއި ދީނީ ލިޔެކިޔުން ދިނުމެއް ނުހިމެނެއެވެ.
(ރ) ދަރަޖަކުރުން
- ކުށްކުރާ މީހާއަށް، އެ ޖަމާއަތަކީ ކުށްކުރާ ޖަމާއަތެއްކަން އެނގިފައިވާނަމަ:
- މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާކުށަކީ، ޖިނާޔަތުގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ؛ އަދި
- މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން (ހ) ގެ (4) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ކުށްކުށަކީ ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށްކުށެވެ.
- އެ ޖަމާއަތަކީ ކުށްކުރާ ޖަމާއަތެއްކަން ދެނެގަތުމާމެދު އެއްވެސް ފަރުވާލެއްނެތް މީހާކުރާ، މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށަކީ، ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.
- އެނޫން ހާލަތްތަކުގައި އެ ކުށަކީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
ފައިސާގެ އެކިއެކި ލިޔުންތައް ނަހަމަ ގޮތުގައި ބޭނުންކުރުން
721 ވަނަ މާއްދާ - ކުށް ކަނޑައެޅުން

- ގައިރު ގާނޫނީ ހަރަކާތަކުން ހޯދައިފައިވާ ފައިސާކަން އެނގޭ ފައިސާއާ ގުޅޭގޮތުން އެއްވެސް މާލީ މުއާމަލާތެއް ހިންގުން؛ އަދި
- އެ މާލީ މުއާމަލާތް ހިންގުމުގެ މުޅި ބޭނުމަކީ ނުވަތަ އެ މުއާމަލާތުން ހާސިލުކުރާ ބޭނުމަކީ:
- ގައިރު ގާނޫނީ އަމަލުތަކެއް ކުރުމަށް މަގުފަހިކުރުން ކަމުގައިވުން؛ ނުވަތަ
- ގައިރު ގާނޫނީ އަމަލުން ލިބޭ ފައިސާގެ ބާވަތާއި، އެ ހުރި ތަނަކާއި، އެ ލިބުނު ތަނަކާއި، އަދި އޭގެ ވެރިފަރާތާއި އޭގެ މައްޗަށް ބާރު ހިންގާ ފަރާތް ފޮރުވުން؛ ނުވަތަ
- ގާނޫނު ބުނާގޮތުން އެފަދަ ފައިސާއާބެހޭ ގޮތުން ހުށަހަޅަންޖެހޭ މައުލޫމާތު ހުށަހެޅުމުން ސަލާމަތްވެގަތުން.
(ށ) މާނަކުރުން
- "މާލީ މުއާމަލާތް" ކަމަށް ބުނެފައި އެވަނީ އަންނަނިވި ކަންކަން ހިމެނޭ ކޮންމެ މުއާމަލާތަކަށެވެ:
- ވަޔަރ ނުވަތަ އެނޫންވެސް އެހެން ވަސީލަތެއް ބޭނުންކޮށްގެން އެއް ތަނުން އަނެއް ތަނަށް ފައިސާ ގެންދިއުން؛ ނުވަތަ
- ފައިސާގެ ލިޔުމެއް އުފެއްދުން ނުވަތަ ބަދަލުކުރުން؛ ނުވަތަ
- މުދަލަކަށްއޮތް މިލްކުވެރިކަމުގެ ހައްގު އެހެން ފަރާތަކަށް ބަދަލުކުރުން.
- "ފައިސާގެ ލިޔުން" ކަމަށް ބުނެފައި އެވަނީ:
- ދިވެހިރާއްޖޭގެ ފައިސާފޮއްޗަށާއި ފައިސާގެ ނޫޓަށާއި، އެހެން ގައުމެއްގެވެސް އެފަދަ އެއްޗެއްސަށާއި، ޓްރެވެލަރސް ޗެކަށާއި، ބޭންކް ޗެކަށާއި އަދި މަނީ އޯޑަރަށެވެ؛
- އިންވެސްޓްމަންޓް ސެކިއުރިޓީއަށް ނުވަތަ ލިޔުން އަތުން އަތަށް ބަދަލުވާއިރު، އޭގެ މިލްކުވެރިކަންވެސް ބަދަލުވާގޮތަށް ފައިސާގެ ގޮތުގައި ބޭނުންކުރެވޭ އެހެނިހެން ލިޔެކިޔުމަށެވެ.
(ނ) ދަރަޖަކުރުން
މި ކުށަކީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
މާނަކުރުން
722 ވަނަ މާއްދާ - މާނަކުރުން
(ހ) "ކުށްކުރާ ޖަމާއަތް" އަށް ދީފައިވަނީ މި ގާނޫނުގެ 720 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ށ) "މާލީ މުއާމަލާތް" އަށް ދީފައިވަނީ މި ގާނޫނުގެ 721 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ނ) "މާއްދީ އެހީތެރިކަން" އަށް ދީފައިވަނީ މި ގާނޫނުގެ 720 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ރ) "ފައިސާގެ ލިޔުން" އަށް ދީފައިވަނީ މި ގާނޫނުގެ 721 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
ތިންވަނަ ބައި - ކަނޑައެޅޭނެ އަދަބުގެ މިންވަރު
1000 ވަނަ ބާބު
އަދަބު ކަނޑައެޅުމުގެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުން
1000 ވަނަ މާއްދާ - ކަނޑައެޅޭނެ އަދަބުގެ މިންވަރު ކަނޑައަޅައި އާންމުކުރުން
1001 ވަނަ މާއްދާ - ކަނޑައެޅޭނެ އަދަބުގެ މިންވަރު
1002 ވަނަ މާއްދާ - ކަނޑައެޅޭނެ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލު
1003 ވަނަ މާއްދާ - އަދަބު ކަނޑައެޅޭނެ މިންވަރަށް އަދަބު ކަނޑައެޅުން ލާޒިމުނުވި ނަމަވެސް، އެ މިންވަރާ ހިލާފުވާ ހާލަތްތަކުގައި ސަބަބު ބަޔާންކުރުން
1004 ވަނަ މާއްދާ - ކަނޑައެޅޭނެ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލުގައި ބުނާ މިންވަރުގެ އަދަބެއް، ހުއްދަ ކުރެވިފައިވާ އެހެން ގޮތެއް ބޭނުންކޮށްގެން ކަނޑައެޅިދާނެ ހާލަތްތައް
1005 ވަނަ މާއްދާ - އަދަބުތަކުގެ މިންވަރު ދައްކުވައިދޭ ތާވަލު
1006 ވަނަ މާއްދާ - އެއް ކުށަށް ވުރެ ގިނަ ކުށަށް އަދަބުދިނުން
1007 ވަނަ މާއްދާ - އަދަބު ކަނޑައަޅާ ކޯޓުގެ ބާރުތައް
1008 ވަނަ މާއްދާ - ކައްފާރާ
ކަނޑައެޅޭނެ އަދަބުގެ މިންވަރު ކަނޑައަޅައި އާންމުކުރުން

(ހ) އަދަބު ކަނޑައެޅުމުގެ ކުރިން، މި ބާބާއި މި ގާނޫނުގެ އެހެނިހެން މާއްދާތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެ ކުށަކަށް ކަނޑައެޅޭނެ އަދަބުގެ މިންވަރު ބަލަންވާނެއެވެ. އަދި އެ މިންވަރަށް ވާސިލްވިގޮތް އެ މައްސަލައެއް ނިމުނުގޮތުގެ ރިޕޯޓުގައި، ގާޒީ ހިމަނަންވާނެއެވެ.
(ށ) މި ގާނޫނުގެ ދަށުން ކަނޑައަޅާ އަދަބުގެ މިންވަރަށް ވާސިލްވުމަށްޓަކައި ކޯޓުން ގެންގުޅޭ އުސޫލުތަކަކީ އެއްގޮތް އުސޫލުތަކަކަށް ހެދުމަށް، އެ އިރެއްގައި ދިވެހިރާއްޖޭގައި ހުންނަ އެންމެ އިސް ކޯޓުން މަދުވެގެން ކޮންމެ 2 އަހަރުން 1 އަހަރު އެ މިންގަނޑުތައް ބަލައި، މުރާޖައާކުރަންވާނެއެވެ.
ކަނޑައެޅޭނެ އަދަބުގެ މިންވަރު
1001 ވަނަ މާއްދާ - އަދަބުގެ މިންވަރު ކޯޓުން ކަނޑައެޅުން
މި ގާނޫނުގެ 1002 ވަނަ މާއްދާގައިވާ "ކަނޑައެޅޭނެ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލު" ގައިވާ ގޮތުގެމަތިން، އެ ކުށަކަށް ކަނޑައެޅޭނެ އަދަބުގެ މިންވަރު، އަންނަނިވި ގޮތުގެމަތިން ކޯޓުން ކަނޑައަޅަންވާނެއެވެ.
(ހ) އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑު ބަޔާންކުރާ ގޮޅި ކަނޑައެޅުން
މި ގާނޫނުގެ 1 ވަނަ ބަޔާއި 2 ވަނަ ބައިގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކުށުގެ ދަރަޖަ ކަނޑައެޅުމަށްފަހު، އެ ކުށަކަށް ކަނޑައެޅޭނެ އަދަބުގެ މިންވަރު ދެނެގަތުމަށްޓަކައި މި ގާނޫނުގެ 1002 ވަނަ މާއްދާގައިވާ "ކަނޑައެޅޭނެ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލު" އިން ކުށުގެ ދަރަޖަ ބަޔާންކޮށްފައިވާ ކޮލަމުގައި (މަތިން ތިރިއަށް) ހިމެނޭ ގޮޅިތަކުގެ ތެރެއިން "އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑު" ބަޔާންކުރާ ގޮޅި (ކަނާތުން ވާތަށް) ކަނޑައަޅަންވާނެއެވެ.
(ށ) އަދަބު ކަނޑައެޅުމުގައި ރިއާޔަތް ކުރަންޖެހޭ ކަންކަމުން ތާވަލުން މިނެއް ކަނޑައެޅުން
އެ މައްސަލައަކާ ގުޅިގެން އަދަބު ކަނޑައެޅުމުގައި ބަލާނެ ނުކުތާތައް ދެނެގަތުމުގައި، އަންނަނިވި ކަންކަމަށް ކޯޓުން ރިއާޔަތް ކުރަންވާނެއެވެ.
- އެ މީހެއްގެ މައްޗަށް ސާބިތުވި ކުށަށް އަދަބު ކަނޑައެޅުމުގައި ބަލަންޖެހޭ ނުކުތާތައްކަމަށް މި ގާނޫނުގެ 1 ވަނަ ބަޔާއި 2 ވަނަ ބައިގައި ބަޔާންކޮށްފައިވާ ކަންކަމާއި، އަދި
- މި ގާނޫނުގެ 1100 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، އަދަބުގެ ކުޑަބޮޑުމިނަށް ގެންނަންޖެހޭ ބަދަލުތަކާއި؛ (މި މާއްދާގެ 1 ވަނަ ނަންބަރުގައި ބަޔާންވެގެންވާ ގޮތުގެމަތިން އަދަބު ކަނޑައެޅުމުގައި ރިއާޔަތް ކުރަންޖެހޭ ހާއްސަ ކަންތައްތަކުގެ ތެރޭގައި ހިމެނިފައި ނުވާ ކަންތައްތައް) އަދި
- އަދަބު ކަނޑައެޅުމުގައި ބަލަންޖެހޭ ކަންކަމުގެ ތެރެއިން ކަމެއް، ސާފު ހެކީގެ އަލީގައި ސާބިތުވެފައިވާނަމަ އެކަމަކާއި؛ އަދި
- އަދަބުގެ ކުޑަބޮޑު މިނަށް ގެންނަންޖެހޭ ބަދަލުތައް ކަނޑައެޅުމަށްޓަކައި، ސާބިތުވެފައިވާ ކަންކަމުގެ މައްޗަށް ބަލައި، އަދަބުގެ މިންވަރު މައްޗަށް ޖައްސަންޖެހޭ ނުކުތާތަކުން އަދަބުގެ މިންވަރު ދަށަށް ޖައްސަންޖެހޭ ނުކުތާތައް
- އަދަބުގެ މިންވަރު މައްޗަށް ޖައްސަންޖެހޭ އެންމެހާ ކަންކަން އެއްކުރުމަށްފަހު އެއިން އަދަބުގެ މިންވަރު ދަށަށް ޖައްސަންޖެހޭ އެންމެހާ ކަންކަން ކެނޑުމުން އަންނަ އަދަބުގެ މިންވަރަކީ، މި ގާނޫނުގެ 1002 ވަނަ މާއްދާގައިވާ "ކަނޑައެޅޭނެ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލު" އިން އެ ކުށަކާ ގުޅިގެން ދެވޭނެ އަދަބުގެ މިންވަރު ކަނޑައަޅާ ގޮޅިއެވެ.
(ނ) ކުށަކަށް ކަނޑައެޅޭނެ އަދަބުގެ މިންވަރު
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ކުށުގެ ދަރަޖަ ބަޔާންކުރާ ކޮލަމްގެ ގޮޅިއާގުޅޭ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކުށުގެ އަދަބުގެ މިންވަރަށް ގެންނަންޖެހޭ އުނި އިތުރު ގެނައުމަށްފަހު ކަނޑައަޅާ ގޮޅީގައި ބަޔާންކުރާ އަދަބަކީ އެ ކުށަކަށް ކަނޑައެޅޭނެ އަދަބުގެ މިންވަރެވެ.
ކަނޑައެޅޭނެ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލު
1002 ވަނަ މާއްދާ - އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލު
(ހ) ކަނޑައެޅޭ އަދަބުގެ މިންވަރު ކޯޓުން ކަނޑައަޅަންވާނީ މި ގާނޫނުގެ 1003 ވަނަ މާއްދާއާއި، ތިރީގައިވާ ތާވަލުގައި ބަޔާންވެގެންވާ ގޮތުގެމަތިންނެވެ.
ޖިނާޔަތުގެ ދަރަޖަ 1 |
ޖިނާޔަތުގެ ދަރަޖަ 2 |
ޖިނާޔަތުގެ ދަރަޖަ 3 |
ޖިނާޔަތުގެ ދަރަޖަ 4 |
ޖިނާޔަތުގެ ދަރަޖަ 5 |
ޖުނަހްގެ ދަރަޖަ 1 |
ޖުނަހްގެ ދަރަޖަ 2 |
ޖުނަހްގެ ދަރަޖަ 3 |
|
ކަނޑައެޅޭނެ އެންމެ ބޮޑު އަދަބު | 25 އ | 15 އ | 8 އ | 4 އ | 2 އ | 1 އ | 6 މ | 3 މ |
+5 |
22 އ، 6 މ |
13 އ، 6 މ |
7، އ، 2 މ، 12 ދ |
3 އ، 7މ، 6 ދ |
1 އ، 9 މ، 18 ދ |
10 މ، 24 ދ |
5 މ، 12 ދ |
2 މ، 21 ދ |
+4 | 20 އ | 12 އ |
6 އ، 4 މ، 24 ދ |
3 އ، 2 މ، 12 ދ |
1 އ، 7 މ، 6 ދ |
9 މ، 18 ދ |
4 މ، 24 ދ |
2 ނމ 12 ދ |
+3 |
17 އ، 6 މ |
10 އ، 6 މ |
5 އ، 7 މ، 6 ދ |
2 އ، 9 މ، 18 ދ |
1 އ، 4 މ، 24 ދ |
8 މ، 12 ދ |
4 މ، 6 ދ |
2 މ، 3 ދ |
+2 | 15 އ | 9 އ |
4 އ، 9 މ، 18 ދ |
2 އ، 4 މ، 24 ދ |
1 އ، 2މ، 12 ދ |
7 މ، 6 ދ |
3 މ، 18 ދ |
1 މ، 24 ދ |
+1 |
12 އ، 6 މ |
7 އ، 6 މ |
4 އ | 2 އ | 1 އ | 6 މ | 3 މ |
1 މ، 15 ދ |
އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑު | 10 އ | 6 އ |
3 އ، 2 މ، 12 ދ |
1 އ، 7 މ، 6 ދ |
9 މ، 18 ދ |
4 މ، 24 ދ |
2 މ، 12 ދ |
1 މ، 6 ދ |
-1 |
7 އ، 6 މ |
4 އ، 6 މ |
2 އ، 4 މ، 24 ދ |
1 އ، 12 ދ |
7 މ، 6 ދ |
3 މ، 18 ދ |
1 މ 24 ދ |
27 ދ |
-2 | 5 އ | 3 އ |
1 އ، 7 މ، 6 ދ |
9 މ، 18 ދ |
4 މ، 24 ދ |
2 މ، 12 ދ |
1 މ، 6 ދ |
18 ދ |
-3 |
2 އ، 6 މ |
1 އ، 6 މ |
9 މ، 18 ދ |
4 މ، 24 ދ |
2 މ، 12 ދ |
1 މ، 6 ދ |
18 ދ | 9 ދ |
(ށ) ވަގުތު ގުނުން
މި ގާނޫނުގެ ބޭނުމަށް އަދަބުގެ ވަގުތުތައް ގުނާނީ، އެންމެ ފަހުގެ ކުށުގެ އަދަބުގެ ފުރަތަމަ ދުވަހުން ފެށިގެން، އެދުވަހާ ހަމައަށް ތަންފީޒުކުރަމުންދިޔަ އެހެން އަދަބުތައް ހިމެނޭ ގޮތުގެމަތިންނެވެ.
- "އ" (އަހަރު): އަހަރަކީ 365 ދުވަހެވެ.
- "މ" (މަސް): އެއްމަސް ދުވަހަކީ 30 ދުވަހެވެ.
- "ދ" (ދުވަސް): ދުވަހަކީ 24 ގަޑިއިރެވެ.
އަދަބު ކަނޑައެޅޭނެ މިންވަރަށް އަދަބު ކަނޑައެޅުން ލާޒިމުނުވި ނަމަވެސް، އެ މިންވަރާ ހިލާފުވާ
ހާލަތްތަކުގައި ސަބަބު ބަޔާންކުރުން

(ހ) ކުށްވެރިޔާގެ މައްޗަށް އަދަބުކަނޑައެޅުމުގައި ކަނޑައެޅޭނެ އަދަބުގެ މިންވަރަށް އަދަބު ކަނޑައެޅުން ކޯޓަށް ކޮންމެހެން ލާޒިމުވެގެނެއްނުވެއެވެ. މި ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާންމު މަގްސަދުތަކާ އެއްގޮތްވާ ގޮތުގެމަތިން، ގާނޫނު ހުއްދަކުރާ އަދަބުތަކުގެ ތެރެއިން އަދަބެއް ކުށްވެރިޔާގެ މައްޗަށް ކަނޑައެޅުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
(ށ) ނަމަވެސް މި ގާނޫނުގެ 1002 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ކަނޑައެޅޭނެ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލު" ގައި އެކުށަކަށް ކަނޑައަޅާފައިވާ އަދަބުގެ މިންވަރަށްވުރެ 2 މިންވަރު ނުވަތަ އެއަށްވުރެ މަތީ މިންވަރެއްގެ އަދަބެއް ކޯޓުން ކަނޑައަޅައިފިނަމަ، އެ ކަނޑައެޅޭނެ އަދަބުގެ މިންވަރުކަމަށް ބަޔާންކޮށްފައިވާ މިންވަރާ ހިލާފުވި ސަބަބު،
އެ މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގައި ގާޒީ ހިމަނަން ވާނެއެވެ.
(ނ) ކަނޑައެޅޭނެ އަދަބުގެ މިންވަރާއި އަންނަނިވި މިންވަރަށް ކޯޓުން ހިލާފުވެއްޖެނަމަ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަމަލުކުރެވިދާނެއެވެ.
- ކަނޑައެޅޭ އަދަބުގެ މިންވަރަށް ވުރެ 2 މިންވަރު ނުވަތަ އެއަށްވުރެ މަތީ މިންވަރެއްގެ އަދަބެއް ކަނޑައަޅައިފިނަމަ، އެ އަދަބާއި ދެކޮޅަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ހައްގު ކުށްވެރިޔާއަށް ލިބިގެންވެއެވެ.
- ކަނޑައެޅޭ އަދަބުގެ މިންވަރަށް ވުރެ 2 މިންވަރު ނުވަތަ އެއަށްވުރެ ދަށް މިންވަރެއްގެ އަދަބެއް ކަނޑައަޅައިފިނަމަ، އެއަދަބާއި ދެކޮޅަށް ދިވެހިރާއްޖޭގެ މަތީމަރުހަލާގެ ކޯޓެއްގައި އިސްތިއުނާފުކުރުމުގެ ހައްގު ދައުލަތަށް ލިބިގެންވެއެވެ.
(ރ) ކުށުގެ ދަރަޖަ ކަނޑައެޅުމުގައި ކޯޓުން އޮޅުން އަރައިފައިވާނަމަ ނުވަތަ ކަނޑައެޅޭނެ އަދަބުގެ މިންވަރު ނިންމުމުގައި ގާނޫނީގޮތުން ނުބައި ކޮށް ނިންމައިފައިވާނަމަ
އެ ކަނޑައެޅި ކަނޑައެޅުމާމެދު ނުވަތަ އެ ނިންމި ނިންމުމާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ހައްގު ދައުލަތަށާއި ކުށްވެރިޔާއަށް ލިބިގެންވެއެވެ.
ކަނޑައެޅޭނެ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލުގައި ބުނާ މިންވަރުގެ އަދަބެއް، ހުއްދަ ކުރެވިފައިވާ
އެހެން ގޮތެއް ބޭނުންކޮށްގެން ކަނޑައެޅިދާނެ ހާލަތްތައް

މި ގާނޫނުގެ 1002 ވަނަ މާއްދާގައިވާ "ކަނޑައެޅޭނެ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލު" ގައި ކުށެއްގެ އަދަބުގައި ކުށްވެރިއަކު ޖަލަށްލެވޭނެ އެންމެ ދިގު މުއްދަތު ކަނޑައަޅާފައިވާނެއެވެ. އެހެންނަމަވެސް، އެގޮތުން ކަނޑައެޅޭނެ ޖަލުގެ މުއްދަތާ އެއް މިންވަރެއްގެ އެހެން އަދަބެއް ނުވަތަ ތަފާތު އެކިއެކި ބާވަތުގެ އަދަބުތައް އެއްކުރުމަށްފަހު ކުށްވެރިއަކު ޖަލަށްލެވޭނެ އެންމެ ދިގު މުއްދަތާ އެއްހަމަ އަދަބު އެކުށްވެރިއެއްގެ މައްޗަށް ކަނޑައެޅިދާނެއެވެ. މިގޮތުން ކަނޑައެޅޭ އަދަބުގެ މުއްދަތާއި ބާވަތް ވާންވާނީ މި ގާނޫނުގެ 1005 ވަނަ މާއްދާގައިވާ "ތަފާތު އަދަބު އެއްހަމަ ކުރާ ތާވަލު" ގައިވާ ގޮތުގެމަތިންނެވެ.
އަދަބުތަކުގެ މިންވަރު ދައްކުވައިދޭ ތާވަލު

(ހ) މި މާއްދާގައިވާ "ތަފާތު އަދަބު އެއްހަމަ ކުރާ ތާވަލު" ގައިވާ ގޮތުގެމަތިން އެ ކުށަކަށް ކަނޑައެޅޭނެ އަދަބުގެ ޖުމްލަ މުއްދަތަށް ވުރެ އިތުރުނުވާ ގޮތުގެމަތިން ތަފާތު އެކިއެކި ބާވަތްތަކުން އަދަބު ކަނޑައެޅުމުގެ އިހްތިޔާރު ކޯޓަށް ލިބިގެން ވެއެވެ.
ޖަލަށްލުން | ގޭ ބަންދު | މުޖްތަމައަށް ހިދްމަތްކުރުން | ޖޫރިމަނާ (ދެ އަދަދުން ބޮޑު އަދަދެއް) | އުޅޭނޫޅޭގޮތް ގާތުން ބެލުން | ޕްރޮބޭށަން |
1 އަހަރު | 2 އަހަރު | 1920 ގަޑިއިރު | 72،000 ރ، ނުވަތަ 1 އަހަރުގެ އާމްދަނީ | 4 އަހަރު | 6 އަހަރު |
6 މަސް | 1 އަހަރު | 960 ގަޑިއިރު | 36،000 ރ، ނުވަތަ 6 މަހުގެ އާމްދަނީ | 2 އަހަރު | 3 އަހަރު |
3 މަސް | 6 މަސް | 480 ގަޑިއިރު | 18،000 ރ، ނުވަތަ 3 މަހުގެ އާމްދަނީ | 1 އަހަރު | 1.5 އަހަރު |
1 މަސް | 2 މަސް | 160 ގަޑިއިރު | 6،000 ރ، ނުވަތަ 1 މަހުގެ އާމްދަނީ | 4 މަސް | 6 މަސް |
7 ދުވަސް | 15 ދުވަސް | 40 ގަޑިއރު | 1،400 ރ، ނުވަތަ 7 ދުވަހުގެ އާމްދަނީ | 1 މަސް | 1.5 މަސް |
(ށ) ގޭގައި ބަންދު ކުރުން
ގޭގައި ބަންދުކުރުން ނުވަތަ ފަރުވާގެ ޕްރޮގްރާމް ކުށްވެރިޔާގެ ގޭގައި ނުވަތަ ބަންދުކުރާ މަރުކަޒެއް ފިޔަވާ އެހެން ތަނެއްގައި، ބަންދުކުރާ ކުރުމެވެ. މިގޮތުން ބަންދުކުރެވިފައިވާ މީހާ އޭނާ ބަންދުކުރެވިފައިވާ ގެއިން ގަވާއިދާ ހިލާފަށް ބޭރަށް ނިކުމެގެން ނުވާނެއެވެ. އަދި ގަވާއިދާ ހިލާފަށް ނުކުމެއްޖެނަމަ، އޭނާގެ މައްޗަށް އިތުރު އަދަބު ކަނޑައެޅިދާނެއެވެ.
(ނ) ޖޫރިމަނާ
އެކުރި ކުށުގެ އަދަބުގެގޮތުން ކުށްވެރިޔާ، ޖޫރިމަނާ ކޮށް އެ ޖޫރިމަނާގެ ފައިސާ ދައުލަތަށް ދެއްކުމަށް އެންގިދާނެއެވެ. އަދި މިގޮތުން ކުރެވޭ ޖޫރިމަނާގެ އަދަދު ވާންވާނީ މި ގާނޫނު ހުއްދަކުރާ މިންވަރަށް ވުރެ އިތުރުނުވާ އަދަދަކަށެވެ.
(ރ) މުޖްތަމައަށް ހިދުމަތް ކުރުން
ކުށުގެ އަދަބުގެ ގޮތުން ކުށްވެރިޔާ މުޖްތަމައަށް ފައިދާ ކުރަނިވި ކަމެއް ނުވަތަ މަސައްކަތެއް ނުވަތަ ހިދުމަތެއް ކުރުމަށް ކޯޓުން ހުކުމް ކުރެވިދާނެއެވެ. މިގޮތުން ކުރާ ހުކުމަކީ އެ ކުށްވެރިއަކު ލަދުވެތި ކުރުވުން ކަމުގައި ނުވިނަމަވެސް އެކަންކަން ނުވަތަ މަސައްކަތް ނުވަތަ ހިދުމަތް ވާންވާނީ ކުށްވެރިޔާއާއި މުޖްތަމައުގެ ކުރިމަތީގައި އަދަބެއްގެ ގޮތުގައި ބަލައިގަނެވޭ ކަންކަމަށެވެ.
(ބ) އުޅޭނޫޅޭގޮތް ގާތުން ބެލުން
އުޅޭނޫޅޭގޮތް ގާތުން ބެލުމަކީ ކުށްވެރިޔާ އުޅޭނޫޅޭގޮތް ވަރަށް ގާތުން ބަލާބެލުމެވެ. ކުށްވެރިޔާއަށް ވަކި ބަޔަކާ ބައްދަލުނުކުރެވޭގޮތަށް ކަނޑައެޅުމާއި، ބައެއް ތަންތަނަށް ނުދެވޭގޮތަށް އަމުރުކުރުމާއި، ބައެއް ތަންތަން ނޫން ތަނަކަށް ނުދެވޭގޮތަށް (މަސައްކަތްކުރާ ތަނާއި ދިރިއުޅޭތަން ފަދަ) އަމުރުކުރުމާއި، ކުށްވެރިޔާ ކަނޑައެޅޭ ވަކި ގަޑިތަކެއްގައި މެނުވީ ގެއިން ނުވަތަ ހުއްދަ ކުރެވިފައިވާ ތަނުން ބޭރަށް ނުދިއުމަށް އަމުރުކުރުމާއި، ކަނޑައެޅޭ ވަކި އުސޫލެއްގެ މަތިން މަސްތުވާއެއްޗެއް ނުވަތަ ބަނގުރާ ބޭނުންކޮށްފައިވޭތޯ ބެލުމަށްޓަކައި ކުރާ ޓެސްޓްކުރަން އެންގުމާއި، ކުށްވެރިޔާގެ ހަށިގަނޑާއި، އޭނާ އުޅޭ ތަން ދުރާލާ އެންގުމަކާ ނުވަތަ އިތުރު ހުއްދައަކާ ނުލައި ބަލައި ފާސްކުރުމަށް އެންގުމާއި، ކަނޑައެޅޭ ތައުލީމީ ނުވަތަ އެނޫންވެސް ޕްރޮގްރާމެއްގައި ކުށްވެރިޔާ ބައިވެރިވުމަށް ނުވަތަ ވަކި ބާވަތެއްގެ ވަޒީފާއެއްގައި ދެމިހުރުމަށް އެންގުމާއި، މިނޫންވެސް ކުށްވެރިޔާގެ ފަރާތުން އާންމުން ސަލާމަތް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައްއަޅައި، ކުށްވެރިޔާ އެނބުރި މުޖްތަމައަށް އައުން އަވަސްކުރުމާއި އޭނާ އެކުޅަ ކުށަށް ހައްގު އަދަބު ލިބިދިނުމަށްޓަކައި މަތީގައި ބަޔާންކުރެވުނު ކަންކަމާއި އެކަންކަމުގެ އިތުރުންވެސް ކޯޓަށް ފެންނަ އަމުރުކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ. އުޅޭނޫޅޭގޮތް ކައިރިން ބެލުމުގައި ކުށްވެރިޔާ ވަކި ހާއްސަ ފަރުވާގެ ޕްރޮގްރާމެއްގައި ބައިވެރިވުން ހިމެނިދާނެއެވެ. ފަރުވާގެ ޕްރޮގްރާމަކީ ކުށްވެރިޔާ ދެވިހިފާފައިވާ ކަންކަން ރަނގަޅުކުރުމަށް ނުވަތަ އޭނާ ކުށްކުރުމަށް އެހީތެރިވާ ސިފަތައް އިސްލާހުކުރުމަށް، ފަރުވާދޭ މަރުކަޒެއްގައި ފަރުވާ ހޯދުމެވެ. އެފަދަ ފަރުވާގެ ޕްރޮގްރާމެއްގައި ބައިވެރިވާ ކުށްވެރިޔާ، އެ ޕްރޮގްރާމްގެ ފަރާތުން ކަނޑައަޅާ ކަންކަން ކުރުމަކީ ގާނޫނީ ގޮތުން އޭނާގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ.
(ޅ) ޕްރޮބޭށަން
ޕްރޮބޭށަންއަކީ އުޅޭނޫޅޭގޮތް ކައިރިން ބަލާ އޮފިސަރަކާ ގަވާއިދުން ބައްދަލުކުރުމަށާއި، މަސްތުވާއެއްޗެއް ނުވަތަ ބަނގުރާ ބޭނުންކޮށްފައިވޭތޯ ބެލުމަށްކުރާ ޓެސްޓް ގަވާއިދުން ކުރުމަށާއި، ކައުންސިލިންއަށް ގަވާއިދުން ހާޒިރުވުމަށް އަމުރުކުރުމާއި، އޭނާގެ ފަރާތުން އެހެން މީހުން ހިމާޔާތްކުރުމަށްޓަކައި ވީހާވެސް ކުޑަ މިންވަރަކަށް ކުށްވެރިޔާއަށް ކަންކަން މަނާކުރުމާއެކު، ކުށްވެރިޔާ އެނބުރި މުޖްތަމައަށް އައުން އަވަސްކުރުމާއި އޭނާ ކުޅަކުށަށް ހައްގު އަދަބު ލިބިދިނުން ހިމެނޭ ގޮތުގެމަތިން، ވަކި ކަންކަން މަނާކުރުމާއެކު ކުށްވެރިޔާ ދޫކޮށްލާފައި ހުންނަ މުއްދަތެވެ.
އެއް ކުށަށް ވުރެ ގިނަ ކުށަށް އަދަބުދިނުން
1006 ވަނަ މާއްދާ - އެއް ކުށަށްވުރެ ގިނަ ކުށަށް އަދަބުދިނުން
ކުށްވެރިޔާގެ މައްޗަށް އެއް ކުށަށްވުރެ ގިނަ ކުށް ސާބިތުވާ ހާލަތްތަކުގައި އޭނާގެ މައްޗަށް ސާބިތުވެފައިވާ ކުށްތަކަށް އަދަބު ކަނޑައެޅުމުގައި އަމަލުކުރާނީ އަންނަނިވި ގޮތުގެމަތިންނެވެ.
(ހ) ކުށްވެރިޔާގެ މައްޗަށް ސާބިތުވާ ކޮންމެ ކުށަކަށްމެ އަދަބު ކަނޑައަޅާނީ އެ ކުށަކަށް ވަކިން، އެ ކުށެއްގެ ދަރަޖައާއި، އަދަބު ކަނޑައެޅުމުގައި ބަލަންޖެހޭ އެންމެހާ ކަންކަން ބެލުމަށްފަހު، އެއީ އޭނާގެ މައްޗަށް ސާބިތުވި ހަމައެކަނި ކުށް ކަމަށް ބަލައިގެންނެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އަދަބު ކަނޑައަޅަންޖެހޭ ގޮތަށް ބަލައި، ކުށްވެރިޔާގެ މައްޗަށް ކަނޑައަޅާ އަދަބުގެ މުއްދަތަކަށްވާނީ:
- އެންމެ ބޮޑު ކުށަށް، ނުވަތަ އަދަބުގެ މުއްދަތު އެންމެ ދިގު ކުށަށް، އެ ކުށަށް ކަނޑައެޅެން އޮތް އަދަބުގެ އެންމެ ދިގު މުއްދަތެވެ.
- ދެވަނައަށް އެންމެ ބޮޑު ކުށަށް، ނުވަތަ އަދަބުގެ މުއްދަތު ދެވަނައަށް އެންމެ ދިގު ކުށަށް، ކަނޑައަޅަންޖެހޭ އަދަބުގެ މުއްދަތުގެ ދެބައިކުޅަ އެއްބައި.
- ތިންވަނައަށް އެންމެ ބޮޑު ކުށަށް، ނުވަތަ އަދަބުގެ މުއްދަތު ތިންވަނައަށް އެންމެ ދިގު ކުށަށް، ކަނޑައަޅަންޖެހޭ އަދަބުގެ ހަތަރުބައި ކުޅަ އެއްބައި.
- ހަތަރުވަނައަށް އެންމެ ބޮޑު ކުށަށް، ނުވަތަ އަދަބުގެ މުއްދަތު ހަތަރުވަނައަށް އެންމެ ދިގު ކުށަށް، ކަނޑައަޅަންޖެހޭ އަދަބުގެ އަށްބައިކުޅަ
- މަތީގައި ބަޔާން ކުރެވުނު އުސޫލުން ހުރިހާ ކުށަކަށްމެ އަދަބު ކަނޑައެޅުން. އެގޮތުން އަދަބު ކަނޑައެޅުމުން ކުށްވެރިޔާގެ މައްޗަށް ކަނޑައެޅޭ އަދަބުގެ ޖުމްލަ ކޮންމެ ކުށަކާ ގުޅިގެން އިތުރުވެގެން ދާނެއެވެ. އެހެންނަމަވެސް އިތުރުވާ ކޮންމެ ކުށަކާ ގުޅިގެން އެ ކުށަކަށް ކަނޑައެޅޭ އަދަބު، މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުން (4) ވަނަ ނަންބަރަށް ބަޔާންކޮށްފައިވާ އުސޫލުން ދާނީ ކުޑަވަމުންނެވެ.
(ނ) އެއްފަހަރާ ދެކުށަކަށް ބަންދުގެ އަދަބު ތަންފީޒުނުކުރުން
އެއް ކުށަށްވުރެ ގިނަކުށަށް ބަންދުގެ އަދަބު ކަނޑައެޅިފައިވާ ހާލަތްތަކުގައި، ކޮންމެ ކުށަކަށްމެ ކަނޑައެޅޭ އަދަބު ތަންފީޒުކުރާނީ ވަކިވަކިންނެވެ.
(ރ) އަދަބުގެ މުއްދަތާއި ކުށުގެ ނުރައްކާތެރިކަން އެއްވަރުވުން
އެއް ކުށަށްވުރެ ގިނަ ކުށުން ކުށްވެރިޔާ ކުށްވެރިވާ ހާލަތްތަކުގައި، އެ ދެ ކުށަކީ ނުވަތަ ކުށްތަކަކީވެސް ކުށުގެ ބޮޑުމިނަށް ބަލާއިރު އެއްވަރުގެ ދެ ކުށަށް ނުވަތަ ކުށްތަކަށްވާނަމަ، ނުވަތަ ކަނޑައަޅަންޖެހޭ އަދަބުގެ މުއްދަތު އެއްވަރުގެ ކުށްތަކެއްނަމަ، އެ ކުށްތަކުގެ ތެރެއިން އެއް ކުށަކީ އަނެއް ކުށަށްވުރެ ބޮޑު ކުށެއްކަމަށް ކޯޓުން ބަލައި، މި މާއްދާގައިވާ އުސޫލުން އަދަބު ކަނޑައަޅާނީއެވެ.
އަދަބު ކަނޑައަޅާ ކޯޓުގެ ބާރުތައް
1007 ވަނަ މާއްދާ - އަދަބު ކަނޑައެޅުމުގެ ބާރު
(ހ) ކުށްވެރިޔާގެ މައްޗަށް ޖަލަށްލައިގެން ދޭ އަދަބުތަކާއި ޖަލަށްނުލައި ދޭ އަދަބުތައް ދިނުމުގެ އިތުރަށް، ކުށްވެރިޔާ ވަކި ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އަމުރުކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ. މިގޮތުން ކުރާ އަމުރު، އެހެން އަދަބުތަކުގެ މުއްދަތަށް ވުރެ ދިގު މުއްދަތަކަށް ދެމިއޮވެދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ވަކިކަމެއް ކުރުމަށް ކޯޓުން ކުރާ އަމުރަކީ އަދަބެއްގެ ގޮތުގައި ބެލެވޭނެ އަމުރެވެ. އަދި މިފަދަ އަމުރު ނެރޭ ހާލަތްތަކުގައި އެ އަމުރުގެ ކުޑަބޮޑު މިނަށް ބަލައި ކުށްވެރިޔާގެ މައްޗަށް ކަނޑައަޅާ އެހެން އަދަބު ކުޑަކުރަން ވާނެއެވެ.
ކައްފާރާ
1008 ވަނަ މާއްދާ - ކައްފާރާ
މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން އިސްލާމީ ށަރީއަތުގައި ކައްފާރާގެ އަދަބު ކަނޑައަޅާފައިވާ ކުށްތަކަށް ކައްފާރާގެ އަދަބު ކަނޑައަޅަންވާނެއެވެ.
1100 ވަނަ ބާބު
އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށް ގެންނަންޖެހޭ ބަދަލުތައް
1100 ވަނަ މާއްދާ - އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑާ އެއްގޮތަށް އަމަލުކުރުން
1101 ވަނަ މާއްދާ - ކުށް މާނަކުރުމުގައި، އެކުށެއްގައި ފުރިހަމަވާންޖެހޭނެކަމަށް ބަޔާންކޮށްފައިވާ މިންވަރަށްވުރެ، ކުށުގެ ނިޔަތާގުޅޭ ރުކުންތައް އިތުރުވާނަމަ، އަދަބުގެ މިންވަރު މަތިވުން
1102 ވަނަ މާއްދާ - ބޮޑު ގެއްލުމެއް ދިނުމުގެ ސަބަބުން އަދަބުގެ ދަރަޖަ މަތިވުން
1103 ވަނަ މާއްދާ - ފަރުވާލެއްނެތް އަނިޔާވެރިކަމެއް ދެއްކުމުގެ ސަބަބުން ކުށުގެ އަދަބުގެ މިންވަރު މަތިވުން
1104 ވަނަ މާއްދާ - ކުށެއްގެ ރެކޯޑަށް ބަލައި ކުށުގެ އަދަބުގެ މިންވަރު މަތިވުން ނުވަތަ ދަށްވުން
1105 ވަނަ މާއްދާ - އަނިޔާލިބުނު މީހާއަށް ބަދަލުދޭން އިންކާރުކުރުމުގެ ސަބަބުން އަދަބުގެ ދަރަޖަ މަތިވުން
1106 ވަނަ މާއްދާ - ކުށްވެރިޔާ ކުށާމެދު ދެރަވާކަން އާންމުންގެ ތެރޭގައި ފާޅުކުރުމުގެ ސަބަބުން އަދަބުގެ ދަރަޖަ ދަށްވުން
1107 ވަނަ މާއްދާ - ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް، އެކަށީގެންވާ މިންވަރަކަށް އެއްބާރުލުން ދިނުމުގެ ސަބަބުން އަދަބުގެ މިންވަރު ދަށްވުން
1108 ވަނަ މާއްދާ - މުޅިން ފުރިހަމަނުވާ ދިފާއެއް އޮތުމުގެ ސަބަބުން އަދަބުގެ މިންވަރު ދަށްވުން
1109 ވަނަ މާއްދާ - މުޅިން ފުރިހަމަނުވާ މައާފު ލިބެނިވި ދިފާއެއް އޮތުމުގެ ސަބަބުން އަދަބުގެ ދަރަޖަ ދަށްވުން
1110 ވަނަ މާއްދާ - ސިކުނޑިއަށް ނުވަތަ ޖަޒްބާތަށް އިންތިހާއަށް އަސަރުކޮށްފައިވުމުގެ ސަބަބުން އަދަބުގެ ދަރަޖަ ދަށްވުން
އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑާ އެއްގޮތަށް އަމަލުކުރުން
1100 ވަނަ މާއްދާ - އާންމު އުސޫލު
(ހ) މި ގާނޫނުގެ ކުށް މާނަކުރާ މާއްދާތަކުގައި އަދަބު ކަނޑައެޅުމުގައި ރިއާޔަތް ކުރަންޖެހޭ ކަންތައްތަކުގެ އަލީގައި އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށް ގެންނަންޖެހޭ ބަދަލުތަކުގެ އިތުރުން، މި ބާބުގައި ބަޔާންކޮށްފައިވާ މާއްދާތަކާ އެއްގޮތްވާ ގޮތުގެމަތިންވެސް އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށް ބަދަލު ގެންނަންވާނެއެވެ.
(ށ) ފުށުނާރާގޮތަށް އަމަލުކުރުން
އަދަބު ކަނޑައެޅުމުގައި ރިއާޔަތް ކުރަންޖެހޭ އާންމު ކަންކަމަކީ ކުށް މާނަކުރާ މާއްދާގައި، ނުވަތަ ކުށުގެ ދަރަޖަ ބަޔާންކުރާ މާއްދާގައި ނުވަތަ އަދަބު ކަނޑައެޅުމުގައި ރިއާޔަތް ކުރަންޖެހޭ ކަންކަމުގެ ތެރޭގައި ބެލެވިފައިވާ ކަންކަމަށްވާނަމަ، އަދަބު ކަނޑައެޅުމުގައި ރިއާޔަތް ކުރަންޖެހޭ އާންމު އުސޫލަށް އިތުރަށް ރިއާޔަތް ކުރަންވާނީ ހަމައެކަނި މަތީގައި ބަޔާންކުރެވުނު ކަންތައްތަކުގެ ތެރެއިން ރިއާޔަތް ނުކުރެވި ހުރި ކަންކަމަށް އެކަންޏެވެ.
ކުށް މާނަކުރުމުގައި، އެކުށެއްގައި ފުރިހަމަވާންޖެހޭނެކަމަށް ބަޔާންކޮށްފައިވާ މިންވަރަށްވުރެ،
ކުށުގެ ނިޔަތާގުޅޭ ރުކުންތައް އިތުރުވާނަމަ، އަދަބުގެ މިންވަރު މަތިވުން
1101 ވަނަ މާއްދާ - ކުށުގެ ނިޔަތާގުޅޭ ރުކުންތައް އިތުރުވާ ހާލަތްތަކުގައި އަދަބުގެ މިންވަރު މަތިވުން
ކުށްވެރިޔާގެ މައްޗަށް ސާބިތުވި ކުށް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށްވުރެ މަތީ މިންވަރަކަށް ކުށުގެ ނިޔަތާގުޅޭ ރުކުންތައް، މި ގާނޫނުގެ 24 ވަނަ މާއްދާ (ކުށުގެ ނިޔަތާގުޅޭ ރުކުންތައް) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ސާބިތުވެފައިވާނަމަ، މަތިވާ ކޮންމެ ރުކުނަކަށް، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ، އެއް ދަރަޖަ މަތިވާނެއެވެ.
ބޮޑު ގެއްލުމެއް ދިނުމުގެ ސަބަބުން އަދަބުގެ ދަރަޖަ މަތިވުން

(ހ) ކުށްވެރިޔާ ކުރި ކުށަކީ:
- އަންނަނިވި އާންމު މަސްލަހަތަށް ގެއްލުންވާ ކަންކަމަށްވާނަމަ:
- އާންމު ހިދުމަތެއް ފޯރުކޮށްދޭ ވަސީލަތެއް، ނުވަތަ އާންމު މުއައްސަސާއެއްގެ ނުވަތަ އާންމު ހިދުމަތަކަށް އެކަށީގެންވާ ބޮޑު ހުރަހެއް އެޅުން ނުވަތަ ގެއްލުމެއް ދިނުން؛ ނުވަތަ
- އާންމު ހިދުމަތެއް ފޯރުކޮށް ދޭ ވަސީލަތަކާ މެދު، ނުވަތަ އާންމު މުއައްސަސާއަކާމެދު ނުވަތަ އާންމު ހިދުމަތަކާ މެދު އާންމުންގެ މެދުގައި އޮންނަ އިތުބާރު، އެކަށީގެންނުވާ މިންވަރަކަށް ގެއްލުވާލާފަދަ އަމަލެއް؛ ނުވަތަ
- ދައުލަތުގެ މުދަލަކަށް ގެއްލުމެއްދިނުން، ނުވަތަ ދައުލަތުގެ މުދަލަކުން ދައުލަތް މަހްރޫމްކުރުވުން ނުވަތަ ދައުލަތުގެ އޭޖެންޓަކަށް އަނިޔާކުރުން؛ ނުވަތަ
- ކުށްކުރި މީހާ އެކުށް ކުރީ، އަންނަނިވި ސަބަބުތަކުގެ ތެރެއިން ސަބަބަކާހުރެ، އެ ކުށުގެ އަމަލުގެ ސަބަބުން އަނިޔާއެއް ލިބުމުގެ ފުރުސަތު ބޮޑު މީހަކާމެދުނަމަ،
- ކުޑަކުއްޖަކު، ނުވަތަ އުމުރުން 65 އަހަރު ވެފައިވާ، ނުވަތަ މާއްދީ ނުވަތަ ފިކުރީ ހިއްސަކަށް އުނިކަން ލިބިފައިވާ، ނުވަތަ ކުށްވެރިޔާއަކީ ކުށުގެ އަމަލު ހިންގުނު މީހާގެ މަސްލަހަތަށްޓަކައި އަމަލު ކުރުމުގެ ގާނޫނީ ޒިންމާ އޮތް މީހަކުނަމަ، ނުވަތަ
- މަތީގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކަމެއް ނުވަތަ ކަންތައްތަކެއް މެދުވެރިވާ ހިނދު، ނުވަތަ
- ސަގާފީ ނުވަތަ ތިމާވެށީގެ ނުވަތަ ދީނީ ނުވަތަ ތާރީހީ ގޮތުން މުހިއްމުކަންދެވޭ ތަނެއް ނުވަތަ އެއްޗެއް ނުވަތަ މުދަލަކަށް ގެއްލުން ދިނުން؛ ނުވަތަ
- ކުށް މާނަކުރާ މާއްދާތަކުގައި އެކުށް ފުރިހަމަވުމަށް ބޭނުންވާ ގެއްލުމުގެ މިންވަރަށްވުރެ، އެކަށީގެންވާ ބޮޑު މިންވަރަކަށް އެކުށުގެ ސަބަބުން ގެއްލުންވެފައިވުން.
(ށ) މަތީގައި ބަޔާން ކުރި ނުކުތާ ތަކުގެ ތެރެއިން ނުކުތާއެއް ފުރިހަމަވާ ހިނދު މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށަށް ކަނޑައަޅަންޖެހޭ އަދަބުގެ މިންވަރު 1 ދަރަޖައަށް، އަދި 2 ނުކުތާ ފުރިހަމަވާ ހިނދު 2 ދަރަޖައަށް އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ މަތިވާނެއެވެ. އަދި އެކުށަކަށް ކަނޑައަޅަންޖެހޭ އަދަބުގެ މިންވަރު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ 3 ދަރަޖަ މަތި ކުރެވޭނެ ހަމައެކަނި ހާލަތަކީ ކުށް މާނަކުރާ މާއްދާގައި، އެކުށް ފުރިހަމަވުމަށް ބޭނުންވާ މިންވަރަށްވުރެ، އެކަށީގެންވާ ބޮޑު މިންވަރަކަށް އެކުށުގެ ސަބަބުން ގެއްލުންވެފައިވާނަމައެވެ.
(ނ) އަންނަނިވި ހާލަތްތަކުގައި، ވަކި ތަނަކީ ނުވަތަ އެއްޗަކީ، ނުވަތަ މުދަލަކީ ސަގާފީ ގޮތުން ނުވަތަ ތިމާވެށީގެ ގޮތުން ނުވަތަ ދީނީ ގޮތުން ނުވަތަ ތާރީހީ ގޮތުން ބަލާއިރު މުހިއްމުކަން ދެވޭ ތަނެއް ނުވަތަ އެއްޗެއް ނުވަތަ މުދަލެއްކަމުގައި ބެލެވޭނެއެވެ.
-
- އެއީ ހާއްސަ މުހިއްމުކަން ދެވޭ ތަނެއް، ނުވަތަ އެއްޗެއް، ނުވަތަ މުދަލެއްކަން އާންމު މީހަކަށްވެސް އެނގޭފަދަ ތަނެއް ނުވަތަ އެއްޗެއް ނުވަތަ މުދަލަކަށްވުން، ނުވަތަ
- އެކަން ކުށްވެރިޔާއަށް ސަރީހަކޮށް އެނގިގެންވުން، ނުވަތަ
- ސަރުކާރުން ނުވަތަ ބައިނަލްއަގްވާމީ ޖަމްއިއްޔާއަކުން އެތަނަކީ، ނުވަތަ އެ އެއްޗަކީ، ނުވަތަ މުދަލަކީ، އެފަދަ ހާއްސަ މުހިއްމުކަމެއް ދެވޭ ތަނެއްކަން ނުވަތަ އެއްޗެއްކަން ނުވަތަ މުދަލެއްކަން ގަބޫލުކޮށްފައިވުން.
ފަރުވާލެއްނެތް އަނިޔާވެރިކަމެއް ދެއްކުމުގެ ސަބަބުން ކުށުގެ އަދަބުގެ މިންވަރު މަތިވުން
1103 ވަނަ މާއްދާ - ފަރުވާލެއްނެތް އަނިޔާވެރިކަމެއް ދެއްކުމުން އަދަބުގެ މިންވަރު މަތިވުން
ކުށްވެރިޔާ، ކުށުގެ އަމަލު ހިންގީ ފަރުވާލެއްނެތް އަނިޔާވެރިކަމެއް ދެއްކުމާއެކުނަމަ ނުވަތަ އިންސާނެއްގެ ގަދަރާއި ކަރާމާތަށް ކަނޑައެޅިގެން ފަރުވާތެރިކަމެއް ބެހެއްޓުމަކާނުލާނަމަ، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑު އެއް ދަރަޖަ މަތިވާނެއެވެ.
ކުށެއްގެ ރެކޯޑަށް ބަލައި ކުށުގެ އަދަބުގެ މިންވަރު މަތިވުން ނުވަތަ ދަށްވުން
1104 ވަނަ މާއްދާ - ކުށުގެ ރެކޯޑެއް އޮތުމުން ކުށުގެ މިންވަރު މަތިވުން
(ހ) ކުށްވެރިޔާ ކުށް ކުރިއިރު؛
- އެކުށް ކުރި ތާރީހުގެ 6 އަހަރު ދުވަސް ކުރިން ޖިނާޔަތުގެ ކުށެއް އޭނާގެ މައްޗަށް ސާބިތުވެފައިވާނަމަ، އެ ކުށް ކުރި ތާރީހުން ފެށިގެން ވޭތުވެދިޔަ 2 އަހަރު ތެރޭގައި ޖުނަހްގެ ކުށެއް ސާބިތުވެފައިވާނަމަ، އެކުށަކަށް ކަނޑައަޅަންޖެހޭ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ 1 ދަރަޖަ މަތިވާނެއެވެ، ނުވަތަ
- އެކުށް ކުރި ތާރީހުގެ 6 އަހަރު ދުވަސް ކުރިން އެއް ކުށަށް ވުރެ ގިނަ ޖިނާޔަތުގެ ކުށް ސާބިތުވެފައިވާނަމަ، ނުވަތަ ޖިނާޔަތުގެ އަނިޔާވެރި ކުށެއް ވޭތުވެދިޔަ 10 އަހަރު ތެރޭގައި ސާބިތުވެފައިވާނަމަ، އެ ކުށަކަށް ކަނޑައަޅަންޖެހޭ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ 2 ދަރަޖަ މަތިވާނެއެވެ، ނުވަތަ
- އެކުށް ކުރި ތާރީހުގެ ކުރިން ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި ޖިނާޔަތުގެ އަނިޔާވެރި 3 ކުށް ސާބިތުވެފައިވާނަމަ، އެ ކުށަކަށް ކަނޑައަޅަންޖެހޭ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށް ވުރެ 3 ދަރަޖަ މަތިވާނެއެވެ.
(ށ) އެއްބާވަތުގެ ކުށް ކޮށްފައިވާނަމަ ކުށުގެ މިންވަރު މަތިވުން
ކުށްވެރިޔާގެ މައްޗަށް ސާބިތުވި ކުށަކީ ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި އެ ބާވަތުގެ ކުށެއް އޭނާގެ މައްޗަށް ސާބިތުވި ދެވަނަ ފަހަރު ކަމަށްވާނަމަ އެ ކުށަށް ކަނޑައަޅަންޖެހޭ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ 1 ދަރަޖަ މަތިވާނެއެވެ.
(ނ) ދެކުށުގެ ދެމެދުވާ ވަގުތު ގުނުން
މި މާއްދާގެ ބޭނުމަށްޓަކައި ދެކުށުގެ ދެމެދުގައި ހޭދަވާ ވަގުތު ގުނުމުގައި، ކުށްވެރިޔާ އެހެން ކުށެއްގެ އަދަބު ތަންފީޒުކުރުމުގެ ގޮތުން ބަންދުކޮށްފައި ހުންނަ މުއްދަތު، ކޯޓުން ހިމަނައިގެން ނުވާނެއެވެ.
(ރ) އާދަޔާ ހިލާފު އަމަލުގެ ސަބަބުން ކުށުގެ ދަރަޖަ ދަށްވުން
ކުށްވެރިޔާ ކުށުގެ އަމަލު ހިންގީ:
- އެކުށް ކުރުމަށް އެކަށީގެންވާ ވަރަށް ތައްޔާރުވުމަކާ ނުލައި، ވަރަށް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ކަމަށްވެފައި،
- ކުށްވެރިޔާގެ އާންމު ސުލޫކާނުގުޅޭ އާދަޔާ ހިލާފު ހާލަތެއްގައިކަން ދޭހަކޮށްދޭ ވަގުތެއްގައި ކަމަށްވެފައި،
- ކުށްވެރިޔާއަކީ އެ ކުށް ކުރުމުގެ ކުރިން ގާނޫނާއި ގަވާއިދަށް ހުރުމަތްތެރިކޮށް ހިތަމުން އައި މީހެއްކަމަށްވާނަމަ، އޭނާގެ މައްޗަށް ދައުވާކުރެވިފައިވާ ކުށްތަކުގެ އަދަބުގެ ދަރަޖަ، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަޑަށްވުރެ 1 ނުވަތަ 2 ދަރަޖަ ދަށްކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ. މިގޮތުން އަދަބުގެ ދަރަޖަ ކޯޓުން ދަށް ކުރަންވާނީ އެއީ އިންސާފުވެރިގޮތް ކަމަށް ކޯޓަށް ފެންނަ ނަމައެވެ.
(ބ) ކުޑަކުއްޖަކު ކުރާ ކުށްތައް
ކުށްވެރިޔާގެ ކުށުގެ ރެކޯޑަށް ބެލުމުގައި އޭނާގެ އުމުރުން 18 އަހަރު ފުރުމުގެ ކުރިން ކޮށްފައިވާ ޖިނާޔަތުގެ ކުށްތައް ގުނަންވާނެއެވެ. ނަމަވެސް އުމުރުން 18 އަހަރު ފުރުމުގެ ކުރިން ކޮށްފައިވާ ޖުނަހްގެ ކުށްތައް ކޯޓުން ގުނައިގެން ނުވާނެއެވެ.
(ޅ) ކުރީގެ ގާނޫނުގެ ދަށުން ކޮށްފައިވާ ކުށްތައް
މި މާއްދާގެ ބޭނުމަށް، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ކޮށްފައިވާ ކުށްތަކަކީ ޖިނާޔަތުގެ ކުށެއްކަން ނުވަތަ ޖުނަހްގެ ކުށެއްކަން ކަނޑައަޅާނީ މި ގާނޫނުގެ 91 ވަނަ މާއްދާ (ދަރަޖަ ކޮށްފައިނުވާ ކުށްތައް) ގައިވާ ގޮތުގެމަތިންނެވެ.
އަނިޔާލިބުނު މީހާއަށް ބަދަލުދޭން އިންކާރުކުރުމުގެ ސަބަބުން އަދަބުގެ ދަރަޖަ މަތިވުން
1105 ވަނަ މާއްދާ - ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް އިންކާރުކުރުން
(ހ) ކުށްވެރިޔާ، އޭނާ ކުރާ ކުށްވެރި އަމަލެއްގެ ސަބަބުން މީހަކަށް ނުވަތަ ގާނޫނީ ށަހްސަކަށް ލިބޭ އެންމެހާ ގެއްލުމުގެ ބަދަލު ދޭންވާނެއެވެ. މިގޮތުގެމަތިން ކުށުގެ އަމަލުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް ކުށްވެރިޔާ އިންކާރު ކުރާނަމަ، ނުވަތަ ލިބުނު ގެއްލުމުގެ ބަދަލު އެކަށީގެންވާ މުއްދަތެއްގައި ދިނުމުގެ ގޮތުން ގާނޫނީ ގޮތުން ތަބާވާންޖެހޭ އެއްބަސްވުމެއްގައި ބައިވެރިވާން އިންކާރުކުރާނަމަ، ކޯޓަށް ފެންނަ އިންސާފުވެރި ގޮތެއްގެ މަތިން، އޭނާގެ މައްޗަށް ކަނޑައަޅާ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ 1 ނުވަތަ 2 ދަރަޖަ މަތިކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
(ށ) ބަދަލުދިނުން
މި މާއްދާގެ (ހ) ގެ ދަށުން ދޭ ބަދަލު ދިނުމަކީ ކުށްވެރިޔާގެ މާލީ އަދި އެހެނިހެން ފޯރުންތެރިކަން ހުރި މިންވަރަކުން ކުށްވެރިޔާގެ އަމަލުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ލިބިގަތުމަށާއި، ގެއްލުން ލިބުނު ފަރާތް މަހްރޫމްވެފައިވާ އެކިއެކި ފައިދާތަކާއި މަންފާތަކަށް އެކަށީގެންވާ ބަދަލު ދިނުމެވެ. މިގޮތުން ކުށްވެރިޔާ ލިބިދޭންޖެހޭ ބަދަލު އެންމެ ފުރިހަމަ ގޮތުގައި އެހިނދުން އެހިނދަށް ދިނުމުގެ ގާބިލިއްޔަތުކަން އޭނާއަށް ލިބިފައި ނުވިނަމަވެސް، އޭނާގެ ގާބިލިއްޔަތު ތަންދިން އެންމެ މަތީ ދަރަޖައަކަށް، ގެއްލުން ލިބުނު މީހާއަށް ލިބުނު ގެއްލުމުގެ ބަދަލު މުސްތަގްބަލުގައި ވިޔަސް ދޭންވާނެއެވެ.
(ނ) ގެއްލުން ލިބުނު މީހާގެ ހައްގުތައް
ކުށުގެ އަމަލު ގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ކަނޑައެޅުމުގައި ގެއްލުން ލިބުނު މީހާއަށް ބައިވެރިވެވިދާނެއެވެ. ނަމަވެސް ލިބުނު ގެއްލުމުގެ ބަދަލަށް ވުރެ އިތުރު ބަދަލެއް ނުވަތަ އެއްޗެއް ލިބިގަތުމަށް އެދުމުގެ ހައްގެއް އެފަރާތަކަށް ލިބިގެނެއް ނުވެއެވެ. ގެއްލުން ލިބުނު މީހާއަކީ ތަސައްރުފު ފުދޭ މީހަކަށް ވެފައި އެ ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން ކުށްވެރިޔާ ހުށަހަޅާ ބަދަލަކީ ގެއްލުން ލިބުނު މީހާ ގަބޫލުކުރާ ބަދަލެއް ކަމަށްވާނަމަ އެއީ ސައްހަ ބަދަލެއް ކަމަށް ކޯޓުން ބަލަން ވާނެއެވެ. ލިބުނު ގެއްލުމުގެ ބަދަލާމެދު ކުށްވެރިޔާ އާއި ގެއްލުން ލިބުނު މީހާ ދެބަސްވާ ހާލަތްތަކުގައި ބަދަލާމެދު ގޮތެއް ނިންމާނީ ކޯޓުން ނެވެ.
(ރ) ގެއްލުމުގެ ބަދަލަކީ އަދަބެއްނޫނެވެ. ގެއްލުމުގެ ބަދަލު ދިނުމުގެ ގޮތުން ދައްކާ ފައިސާއަކީ، މި ގާނޫނުގެ 93 ވަނަ މާއްދާ (ހުއްދަކުރެވިފައިވާ ޖޫރިމަނާގެ
އަދަދުތައް) ގައި ބުނާ ޖޫރިމަނާއެއްކަމަށް، ނުވަތަ މި ގާނޫނުގެ 1005 ވަނަ މާއްދާއާއި 1202 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަބްދީލީ އަދަބެއްކަމަކަށް ނުބެލެވޭނެއެވެ.
ކުށްވެރިޔާ ކުށާމެދު ދެރަވާކަން އާންމުންގެ ތެރޭގައި ފާޅުކުރުމުގެ ސަބަބުން އަދަބުގެ ދަރަޖަ ދަށްވުން
1106 ވަނަ މާއްދާ - ކުށާމެދު ދެރަވުން
(ހ) ކުށްވެރިޔާގެ މައްޗަށް ދައުވާ ކުރުމުގެ ކުރިން، އޭނާ ކުޅަ ކުށާމެދު ހިތުގެ އަޑިން ދެރަވާކަން އާންމުކޮށް ފާޅުކޮށްފިނަމަ، އޭނާގެ މައްޗަށް ކަނޑައަޅަންޖެހޭ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ 2 ދަރަޖަ ދަށްވާނެއެވެ. މި މާއްދާގައިވާ ގޮތުގެމަތިން އަދަބުގެ މިންވަރު ދަށްކުރެވޭނީ، އޭނާގެ މައްޗަށް ދައުވާ ކުރުމުގެ ކުރިން އެކުށެއް ކުރިކަމަށްބުނެ، އޭނާ ކުށަށް އިއްތިރާފްވާ ހާލަތްތަކުގައެވެ.
(ށ) ކުށަށް އިއްތިރާފްވުން
ކުށްވެރިޔާގެ މައްޗަށް ދައުވާ ކުރެވިފައި ވީނަމަވެސް އެ މައްސަލައިގެ ށަރީއަތް ނުފެށޭހާހިނދަކު، ކުށްވެރިޔާ އެ ކުރި ކުށަށް އިއްތިރާފްވެއްޖެނަމަ، އޭނާގެ މައްޗަށް ކަނޑައަޅަންޖެހޭ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ 1 ދަރަޖަ ދަށްވާނެއެވެ.
ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް، އެކަށީގެންވާ މިންވަރަކަށް އެއްބާރުލުން ދިނުމުގެ ސަބަބުން އަދަބުގެ މިންވަރު ދަށްވުން
1107 ވަނަ މާއްދާ - އެއްބާރުލުން ދިނުން
(ހ) ކުށްވެރިޔާ، ކުށެއް ކުރުމަށްފަހު، އެކުށް ކުރުމުގައި އޭނާއާ ބައިވެރިވި މީހުން ހިފާ ހައްޔަރުކޮށް، އެ މީހުންގެ މައްޗަށް ދައުވާ ކުރުމުގައި ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް އެކަށީގެންވާ މިންވަރަށް އެއްބާރުލުން ދީފައިވާނަމަ، އެ ކުށަކަށް އޭނާގެ މައްޗަށް ކަނޑައަޅަންޖެހޭ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ 1 ނުވަތަ 2 ނުވަތަ 3 ދަރަޖަ ދަށް އަދަބެއް ކަނޑައަޅައި ދިނުމަށް އެދި، ދައުލަތުން ކޯޓުގައި ދެންނެވިދާނެއެވެ.
(ށ) ދައުލަތުގެ އިހްތިޔާރީ ބާރު
މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އަދަބުގެ މިންވަރު ދަށްކޮށްދިނުމަށް ދައުލަތުން ހުށަހެޅުމުން، އެ ހުށަހެޅުމާ އެއްގޮތަށް ކޯޓުން އަމަލު ކުރަންވާނެއެވެ. އަދި އަދަބުގެ މިންވަރު ދަށްކޮށްދިނުމަށް ދައުލަތުން ނޭދޭހާހިނދަކު، ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް އެކަށީގެންވާ މިންވަރަކަށް އެއްބާރުލުން ދީފައިވާކަމަށް ބަލައި، އަދަބުގެ ދަރަޖަ ކޯޓުން ދަށްކޮށްގެން ނުވާނެއެވެ.
މުޅިން ފުރިހަމަނުވާ ދިފާއެއް އޮތުމުގެ ސަބަބުން އަދަބުގެ މިންވަރު ދަށްވުން
1108 ވަނަ މާއްދާ - ފުރިހަމަނުވާ ދިފާއެއްގެ ސަބަބުން އަދަބުގެ މިންވަރު ދަށްވުން
ކުށްވެރިޔާ، ކުށުގެ އަމަލު ހިންގީ، އޭނާއަށް މި ގާނޫނުގެ 40 ވަނަ ބާބު (ހުއްދަ ކުރެވިގެންވާ ދިފާއު) ގައި ބަޔާންކޮށްފައިވާ ހުއްދަ ކުރެވިފައިވާ ދިފާއެއް އޮތްކަމަށް ގަބޫލުކުރެވިގެން ކަމަށްވާނަމަ، އޭނާގެ މައްޗަށް ކަނޑައަޅަންޖެހޭ އަދަބު، އަންނަނިވި ގޮތުގެމަތިން، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ ދަށްވާނެއެވެ.
(ހ) އެއްދަރަޖަ، ނުވަތަ
(ށ) ކުށްވެރިޔާ ކުޅަ ކުށުގެ އަމަލާއި، ކުށުގެ ބާވަތާއި، އެކުށް ކުރި ހާލަތަށް ރިއާޔަތްކުރާއިރު، ހުއްދަ ކުރެވިފައިވާ ދިފާއުގެ ހާލަތެއް ފުރިހަމަވުމާ ކައިރިވެފައިވާނަމަ، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ 2 ދަރަޖަ.
މުޅިން ފުރިހަމަނުވާ މައާފު ލިބެނިވި ދިފާއެއް އޮތުމުގެ ސަބަބުން އަދަބުގެ ދަރަޖަ ދަށްވުން
1109 ވަނަ މާއްދާ - ފުރިހަމަނުވާ މައާފު ލިބެނިވި ދިފާއެއްގެ ސަބަބުން އަދަބުގެ މިންވަރު ދަށްވުން
ކުށްވެރިޔާ ކުށުގެ އަމަލު ހިންގިއިރު، މި ގާނޫނުގެ 50 ވަނަ ބާބު (މައާފު ލިބެނިވި ދިފާއު) ގައި ބަޔާންކުރާ މައާފު ލިބެނިވި ދިފާއެއް ފުރިހަމަވުމަށް ބޭނުންވާ ށަރުތުތަކުގެ ތެރެއިން އެކަށީގެންވާ ގިނަ ށަރުތުތަކެއް ފުރިހަވެފައިވާނަމަ، އޭނާގެ މައްޗަށް ކަނޑައަޅަންޖެހޭ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ އަންނަނިވި މިންވަރަށް ދަށްވާނެއެވެ.
(ހ) އެއް ދަރަޖަ، ނުވަތަ
(ށ) ކުށްވެރިޔާ ކުރި ކުށުގެ އަމަލާއި، ކުށުގެ ބާވަތާއި، ކުށްކުރި ހާލަތަށް ރިއާޔަތްކުރާއިރު، މައާފު ލިބެނިވި ދިފާއެއް ފުރިހަމަވުމާ ކައިރިވެފައިވާނަމަ، 2 ދަރަޖަ.
ސިކުނޑިއަށް ނުވަތަ ޖަޒްބާތަށް އިންތިހާއަށް އަސަރުކޮށްފައިވުމުގެ ސަބަބުން އަދަބުގެ ދަރަޖަ ދަށްވުން
1110 ވަނަ މާއްދާ - ސިކުނޑިއަށް ނުވަތަ ޖަޒްބާތަށް ކުރާ އަސަރަކާ ގުޅިގެން އަދަބުގެ މިންވަރު ދަށްވުން
(ހ) ކުށްވެރިޔާ، ކުށުގެ އަމަލު ކުރީ އަންނަނިވި ހާލަތްތަކުގައި ކަމަށްވާނަމަ، އޭނާގެ މައްޗަށް ކަނޑައަޅަންޖެހޭ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މިންވަރަށް ދަށްވާނެއެވެ.
- އޭނާގެ ސިކުނޑިއަށް ނުވަތަ ޖަޒުބާތަށް އިންތިހާއަށް އަސަރުކޮށްފައިވާ ދަނޑިވަޅެއްގައި، އެކަމުގެ ނުފޫޒުގައި ހުރެކަމަށްވުން،
- އެކުރި އަމަލަށް އެކަށީގެންވާ ސަބަބެއް އޮތުމާއި، އެ ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން އެ އަމަލު ކުރިމީހާ ހުރިކަމަށް ގަބޫލުކުރެވޭ ހާލަތުގައި ހުންނަ އެހެން މީހެއްގެ ނަޒަރުން ކަނޑައެޅިގެން ދިއުން.
(ށ)
- އެއް ދަރަޖަ، ނުވަތަ
- އޭނާއަށް ކުރެވޭ ނުކުރެވޭކަންކަން ނޭނގޭ މިންވަރަށް ނުވަތަ އޭނާގެ އަމަލުތައް ކޮންޓްރޯލް ނުކުރެވޭ މިންވަރަށް ކުށްވެރިޔާގެ ސިކުނޑިއަށް ނުވަތަ ޖަޒްބާތަށް އަސަރުކޮށްފައިވާނަމަ، 2 ދަރަޖަ.
1200 ވަނަ ބާބު
އަދަބު ކަނޑައެޅުމުގެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމުގެ ހުދޫދު
1200 ވަނަ މާއްދާ - އަދަބުގެ ދަރަޖަ މަތިވުމާއި ދަށްވުން
1201 ވަނަ މާއްދާ - އަދަބެއްގެ ގޮތުން ޖަލަށްލުން
1202 ވަނަ މާއްދާ - ޖަލަށްލުން ފިޔަވައި ދެވޭ އެހެނިހެން އަދަބުތައް
1203 ވަނަ މާއްދާ - ޖަލަށްލުން ފިޔަވައި ދެވޭ އެހެނިހެން އަދަބުތަކުގެ ށަރުތުތަކާ އެއްގޮތަށް އަމަލުނުކުރުން
1204 ވަނަ މާއްދާ - މަރުގެ އަދަބު
1205 ވަނަ މާއްދާ - ހައްދުގެ ކުށްތައް
އަދަބުގެ ދަރަޖަ މަތިވުމާއި ދަށްވުން

(ހ) އަދަބުގެ ދަރަޖަ މަތިވުމާއި ދަށްވުން
ކުށުގެ އަދަބުގެ މިންވަރު މަތިކުރާ ނުކުތާތައް ކިތަންމެ ގިނަކަމުގައިވިޔަސް، މި ގާނޫނުގެ 92 ވަނަ މާއްދާއާއި 93 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ ބޮޑު އަދަބެއް ކަނޑައެޅުމުގެ އިހްތިޔާރު، ކޯޓަށް ލިބިގެނެއްނުވެއެވެ.
(ށ) ކުށުގެ އަދަބުގެ މިންވަރު ދަށްކުރާ ނުކުތާތައް ކިތަންމެ ގިނަކަމުގައިވިޔަސް، އެކުށަކަށް އަދަބު ކަނޑަނޭޅުމުގެ، ނުވަތަ އެއްވެސް މާނައެއްނެތް އަދަބެއް ކަނޑައެޅުމުގެ އިހްތިޔާރު، ކޯޓަށް ލިބިގެނެއްނުވެއެވެ.
އަދަބެއްގެ ގޮތުން ޖަލަށްލުން

(ހ) ޖަލަށްލުން
އަންނަނިވި ހާލަތްތަކުގައި އަސާސީ އަދަބަކީ ޖަލަށްލުމެވެ. ނަމަވެސް އެހާލަތްތަކުގައި ކަނޑައެޅޭ ހަމައެކަނި އަދަބަކީ ޖަލަށްލުން ކަމަށްވާކަށް ނުޖެހެއެވެ.
- މުޖްތަމައުގެ ރައްކަލަކަށްޓަކައި ކުށްވެރިޔާ މުޖްތަމައުން އެކަހެރިކޮށްފައި ބަންދުކުރުމުގެ ބޭނުންތެރިވުން؛
- ކުށްވެރިޔާ ކުރި ކުށުގެ އަމަލަކީ މުޖްތަމައު ކުށްވެރިކުރާ ނުރައްކާތެރި އަމަލެއްކަމަށް ދެއްކުމަށްޓަކައި ކުށްވެރިޔާ އެކަހެރިކޮށް ބަންދުކުރުން ކޮންމެހެން ބޭނުންތެރިވުން، ނުވަތަ
- ކުށްވެރިޔާގެ ހާލަތަށާއި، އޭނާ ކުޅަ ކުށުގެ އަމަލަށް ބަލާއިރު، އެކަހެރިކޮށް ބަންދުކުރުން ފިޔަވައި އެކަށީގެންވާ އެހެން އަދަބެއް ނެތުން.
(ށ) ބޮޑެތި ކުށްތަކުގެ އަދަބެއްގެ ގޮތުން ޖަލަށްލެވޭ އެންމެ ކުޑަ މުއްދަތު
ކުށްވެރިޔާ ކުރި ކުށަކީ ޖިނާޔަތުގެ 1 ވަނަ ނުވަތަ 2 ވަނަ ދަރަޖައިގެ ކުށެއްނަމަ، ނުވަތަ މި ގާނޫނުގެ 110 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން ޖިނާޔަތުގެ ކުށެއްނަމަ، ކަނޑައެޅޭނެ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލުގެ ދަށުން އެކުށަކަށް ކަނޑައަޅަންޖެހޭ އަދަބުގެ މަދުވެގެން ހަތަރުބައި ކުޅަ އެއްބައި ވާންވާނީ ޖަލަށްލުމުގެ އަދަބަށެވެ.
ޖަލަށްލުން ފިޔަވައި ދެވޭ އެހެނިހެން އަދަބުތައް

(ހ) އާންމު އުސޫލު
ކުށްވެރިޔާ ކުރި ކުށުގެ އަދަބެއްގެ ގޮތުން ޖަލަށްލުން ފިޔަވާ އެހެން އަދަބެއް ކަނޑައެޅުމާއި، އެގޮތުން ކަނޑައަޅާ އަދަބުގެ މިންވަރު ބެލުމުގައި، ކުށްވެރިޔާ ކުށް ކުރި ހާލަތަށާއި ކުށްވެރިޔާގެ ޒާތީ ހާއްސިއްޔަތުތަކަށާއި، މުޖްތަމައުގެ ބޭނުންތަކަށާއި، އަދަބު ކަނޑައެޅުމުގައި ބަލަންޖެހޭ އެހެނިހެން ކަންކަން ކޯޓުން ބަލައި، އެކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.
(ށ) ގޭގައި ބަންދުކުރުން
ކުށްވެރިޔާގެ މައްޗަށް ކަނޑައެޅޭ އަދަބުގެ ބައެއް، ގޭގައި ބަންދުކޮށްގެން އެކަށީގެންވާ ގޮތެއްގައި ފުރިހަމަ ކުރެވޭނެކަމަށް އަންނަނިވި ހާލަތުތަކުގައި ބެލޭނެއެވެ.
- ކުށްވެރިޔާއަކީ މުޖްތަމައަށް ނުރައްކާތެރި މީހެއްކަމަށް ނުވުން، އަދި
-
- ގޭގައި ހުރެގެން އޭނާގެ އާއިލާއަށް ބޭނުންތެރި މިންވަރަކަށް އެހީތެރިކަން ފޯރުކޮށްދެވުން، ނުވަތަ
- ކުށްވެރިޔާއަށް ބޭނުންވާ ވަކި ހާއްސަ ކަންތައްތަކެއް އޭނާގެ ގޭގައި ކުރެވެންހުރުން.
-
މުއްދަތު
ކުދި ކުދި ކުށްތަކުގެ އަދަބެއްގެ ގޮތުން ހަމައެކަނި ގޭގައި ބަންދު ކުރުން އެއީ ރަނގަޅު އަދަބު ކަމަށް ބެލިދާނެއެވެ. އަދި ބައެއް ހާލަތްތަކުގައި ކަނޑައެޅޭ އަދަބުގެ ބައެއްގެ ގޮތުގައިވެސް ގޭގައި ބަންދުކުރުން ހިމެނިދާނެއެވެ. އަދި ކުށްވެރިޔާ އެނބުރި މުޖްތަމައަށް އައުން ފަސޭހަ ކުރުމަށްޓަކައި، ޖަލަށްލުމުގެ އަދަބަށްފަހު އަދަބުގެ ބައެއްގެ ގޮތުގައި ގޭގައި ބަންދުކުރުމަށް އަދަބު ކަނޑައެޅިދާނެއެވެ.
(ނ) މުޖްތަމައަށް ހިދުމަތްކުރުން
ކުށްވެރިޔާގެ މައްޗަށް މުޖްތަމައަށް ހިދުމަތްކުރުމަށް ކަނޑައެޅޭ އަދަބަކީ އެންމެ އެކަށީގެންވާ އަދަބުކަމަށް އަންނަނިވި ހާލަތްތަކުގައި ބެލޭނެއެވެ.
- ކުށްވެރިޔާގައި މުޖްތަމައަށް ފައިދާކުރާނެ ވަކި ހާއްސަ ބާވަތެއްގެ ހިދުމަތެއް ފޯރުކޮށްދެވޭނެ ހުނަރު ހުރުން، ނުވަތަ
- މުޖްތަމައަށް ބޭނުންވާ ވަކި ހާއްސަ ބާވަތެއްގެ ހިދުމަތެއް ފޯރުކޮށްދިނުމުގެ ގާބިލުކަން ކުށްވެރިޔާއަށް ލިބިފައިވުން، ނުވަތަ
- އަދަބެއްގެ ގޮތުން ކުށްވެރިޔާ މުޖްތަމައަށް ކޮށްދޭންޖެހޭ ހިދުމަތަކީ، އޭނާ ކުރި ކުށުގެ އަމަލުގެ ސަބަބުން ލިބުނު ގެއްލުން ރަނގަޅުކުރުމަށް ނުވަތަ އެގެއްލުމުން ސަލާމަތްވުމަށް ބާރުއަޅާ ހިދުމަތަކަށްވުން.
-
މުއްދަތު
މުޖްތަމައަށް ހިދުމަތްކުރުމުގެ އަދަބަކީ އާންމު ގޮތެއްގައި ގިނަ ކުށްތަކަށް ކަނޑައެޅޭ އަދަބުގެ ބައެއްގެ ގޮތުގައި ހިމެނުމަށް އެކަށީގެންވާ އަދަބެކެވެ. އެހެން ނަމަވެސް މުޖްތަމައަށް ހިދުމަތްކުރުމުގެ އަދަބަކީ އާންމުގޮތެއްގައި އެންމެ ކުޑަ ކުށްތަކަށް މެނުވީ ކަނޑައެޅޭ ހަމައެކަނި އަދަބު ކަމަށް ވެގެންނުވާނެއެވެ.
(ރ) ޖޫރިމަނާ
- ޖޫރިމަނާކުރުމުގެ އަދަބު ކަނޑައަޅަންވާނީ އެ ޖޫރިމަނާ ދެއްކޭނެ ވަސީލަތްތައް ލިބިފައިވާ ފަރާތްތަކުގެ މައްޗަށް އެކަންޏެވެ.
-
ޖޫރިމަނާގެ އަދަދު ކަނޑައެޅުން
ޖޫރިމަނާ ކުރުމުގެ އަދަބު، އާންމުގޮތެއްގައި ވާންވާނީ އެހެން ބާވަތްތަކުގެ އަދަބުތަކާއެކު ކަނޑައެޅޭ އިތުރު އަދަބަކަށެވެ. ޖޫރިމަނާ ކުރުމުގެ އަދަބަކީ މުއްސަނދި ކުށްވެރިންގެ މައްޗަށް ކަނޑައެޅެން އޮންނަ އަދަބުތަކަށް ފައިސާއިން އަގު ދެއްކުމަށްފަހު ކުށުގެ ހަގީގީ އަދަބުން އެމީހުން ސަލާމަތްވުމަށް އޮތް މަގެއްކަމަށް ނުވަތަ އެފަދަ މަގެއްކަމަށް ގަބޫލުކުރެވޭ އަދަބެއްކަމަށް ވެގެންނުވާނެއެވެ.
(ޅ) އުޅޭނޫޅޭގޮތް ގާތުން ބެލުން
- އުޅޭނޫޅޭގޮތް ގާތުން ބެލުމުގެ އަދަބު ކުށްވެރިއަކަށް ކަނޑައެޅޭނީ، އެ ކުށްވެރިއަކީ، އޭނާ އުޅޭނޫޅޭގޮތް ގާތުން ބެލުމަށް ކަނޑައެޅޭ މުއްދަތުގައި އޭނާ އަމަލުކުރަންޖެހޭ ތަފާތު ގަވާއިދުތަކަށާއި އުސޫލުތަކަށް ފުރިހަމައަށް ކިޔަމަންތެރިވާނެ، ޒިންމާދާރު މީހެއްކަމަށް ވާނަމައެވެ.
-
މުއްދަތު
އުޅޭނޫޅޭގޮތް ގާތުން ބެލުމަށް ކަނޑައެޅޭ މުއްދަތަކީ، އެ ކުށެއްގެ ނިސްބަތުން ކަނޑައަޅާ އެކަށީގެންވާ މުއްދަތެކެވެ. ހާއްސަކޮށް ފަރުވާގެ ޕްރޮގްރާމަކަށްފަހު އެ ޕްރޮގްރާމްގެ ސަބަބުން ކުށްވެރިޔާއަށް ކޮށްފައިވާ އެދެވޭ އަސަރު ދެނެގަތުމަށްޓަކައެވެ.
(ކ) ފަރުވާގެ ޕްރޮގްރާމް
- ކުށްވެރިޔާގެ ރުހުމަކާ ނުލައި ފަރުވާ ލިބިގަތުމަށް އަމުރު ކުރުން، އެއީ އެކަށީގެންވާ ކަމެއްކަމުގައި ބެލެވޭނީ އެ ފަރުވާ ލިބިގަތުމުން ކުށްވެރިޔާ ކުށަށް އަރައިގަތުމުން ދުރުކުރެވިދާނެ ކަމަށް ފެންނަ ނަމައެވެ.
-
މުއްދަތު
ރުވާގެ ޕްރޮގްރާމެއްގައި ބައިވެރިކުރުމަށް އަމުރު ކުރަންވާނީ ފަރުވާގެ ޕްރޮގްރާމްގެ މުއްދަތަކީ އެޕްރޮގްރާމްގެ މަގްސަދު ހާސިލުވުމަށް އެކަށީގެންވާ މުއްދަތަކަށްވާނަމައެވެ. ފަރުވާގެ ޕްރޮގްރާމަށް ބޭނުންވާނެ މުއްދަތާބެހޭގޮތުން އެކަމާބެހޭ މާހިރުންނާ ކޯޓުން މަށްވަރާކުރަންވާނެއެވެ. ފަރުވާގެ ޕްރޮގްރާމްގައި ކުށްވެރިއަކު އާންމުކޮށް ބައިވެރިކުރަންވާނީ، ޖަލަށްލުމުގެ އަދަބުގެ މުއްދަތުގައި ނުވަތަ ޖަލަށްލުމުގެ އަދަބުގެ ފަހުންނެވެ. ޖަލަށްލުމުގެ އަދަބުގެ ކުރިއަކުންނެއްނޫނެވެ. ހާއްސަކޮށް ފަރުވާގެ ޕްރޮގްރާމަކަށްފަހު އެ ޕްރޮގްރާމްގެ ސަބަބުން ކުށްވެރިޔާއަށް ކޮށްފައިވާ އެދެވޭ އަސަރު ދެނެގަތުމަށްޓަކައި ޓެސްޓު ކުރަން ޖެހޭ ހާލަތްތަކުގައާއި، ފަރުވާގެ ޕްރޮގްރާމާ ވިދިގެން ގޭގައި ބަންދުކުރުމާއި ކުށްވެރިޔާ އުޅޭނޫޅޭގޮތް ގާތުން ބެލުމަށް ދޫކޮށްފައި ބެހެއްޓުމަށް ހުކުމް ކުރެވިދާނެއެވެ.
(އ) ޕްރޮބޭށަން
- ޕްރޮބޭށަންގައި ބެހެއްޓުމަށް ކަނޑައަޅާ އަދަބަކީ ކުށްވެރިޔާ އުޅޭނޫޅޭގޮތް ގާތުން ބެލުމަށް ކަނޑައަޅާ އަދަބާ ވިދިގެން ކަނޑައެޅުން ރަނގަޅު އަދަބެކެވެ. އަދި ޕްރޮބޭށަންގައި ބެހެއްޓުމަށް، ކުށްވެރިޔާ އުޅޭނޫޅޭގޮތް ގާތުން ބެލުމުގެ މަރްހަލާގައި ކުށްވެރިޔާގެ އުޅުން ރަނގަޅުކުރުމަށް ހިންގޭ ޕްރޮގްރާމްތަކުގައި އެކަށީގެންވާ މިންވަރަކަށް އެއްބާރުލުން ދިނުން ށަރުތުކުރެވިދާނެއެވެ. އިތުރު ކުށުގެ އަމަލު ކުރުމުން ކުށްވެރިޔާ ދުރުހެލިކުރުމަށް އޭނާގެ މިނިވަންކަމަށް ކުޑަ ހިފެހެއްޓުމެއް ގެނައުމުން ފުދޭ ހާލަތްތަކުގައި ޕްރޮބޭށަންގައި ބެހެއްޓުމަކީ އެކަށީގެންވާ އަދަބެކެވެ.
- މުއްދަތު
އާންމުގޮތެއްގައި ކޯޓުން ކުށްވެރިޔާ ޕްރޮބޭށަންގައި ބެހެއްޓުމަށް ކަނޑައަޅާ އަދަބަކީ، އޭނާ ކުޅަ ކުށަށް ކަނޑައެޅޭ އަސާސީ އަދަބުކަމުގައި ވެގެންނުވާނެއެވެ.
ޖަލަށްލުން ފިޔަވައި ދެވޭ އެހެނިހެން އަދަބުތަކުގެ ށަރުތުތަކާ އެއްގޮތަށް އަމަލުނުކުރުން

(ހ) ށަރުތުތަކާ އެއްގޮތަށް އަމަލުނުކުރުމުގެ ނަތީޖާ
ޖަލަށްލުން ފިޔަވާ ކަނޑައެޅޭ އެހެނިހެން އަދަބުތަކުގެ ށަރުތުތަކާ އެއްގޮތަށް ކުށްވެރިޔާ އަމަލުނުކޮށްފިނަމަ، ކުށްވެރިޔާގެ މައްޗަށް ޖަލަށްލުން ފިޔަވާ ކަނޑައެޅޭ އެހެނިހެން އަދަބު ކަނޑަނޭޅިނަމަ އޭނާގެ މައްޗަށް ކަނޑައަޅަންޖެހޭ ޖަލަށްލުމުގެ އަދަބު، ވަގުތުން ތަންފީޒުކުރުމަށް ކޯޓުން އެންގިދާނެވެ.
(ށ) ޖަލަށްލުން ފިޔަވާ ކަނޑައެޅޭ އެހެނިހެން އަދަބުގެ ށަރުތުތަކާ އެއްގޮތަށް އަމަލުނުކުރިކަން ކަނޑައެޅުން
ކުށްވެރިޔާގެ މައްޗަށް ކަނޑައެޅިފައިވާ ޖަލަށްލުން ފިޔަވާ ކަނޑައެޅޭ އެހެނިހެން އަދަބުގެ ށަރުތުތަކާ އެއްގޮތަށް އަމަލުކޮށްފައިނުވާކަން ސާބިތުކުރުމަށް، ދައުލަތުގެ ފަރާތުން ށަރީއަތުގެ މަޖިލީހަށް ސާފު ހެކި ހުށަހަޅައިފިނަމަ، އެށަރުތުތަކާ އެއްގޮތަށް އަމަލުކުރިކަން ސާބިތުކޮށްދިނުމަކީ ކުށްވެރިޔާގެ ޒިންމާއެކެވެ. މިގޮތުން ބަންދު ފިޔަވާ ކަނޑައެޅޭ އެހެނިހެން އަދަބުގެ ށަރުތުތަކާ އެއްގޮތަށް އަމަލުކުރިކަން ކުށްވެރިޔާއަށް ސާބިތުކޮށް ނުދެވިއްޖެނަމަ، މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކުށްވެރިޔާގެ މައްޗަށް އަލުން އަދަބު ކަނޑައެޅުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
މަރުގެ އަދަބު
1204 ވަނަ މާއްދާ - މަރުގެ އަދަބު
(ހ) ސާބިތުވާންޖެހޭ މިންވަރު
މީހެއްގެ މައްޗަށް މަރުގެ ހުކުމް ކުރުމަށްޓަކައި، ދައުލަތުން ކުށުގެ އެންމެހައި ރުކުންތައް ސާބިތުކޮށްދޭންވާނެއެވެ. އަދި އެމީހަކު އެކުރި ކުށަކީ އެހެން އެއްވެސް ކުށަކަށް ވުރެ ބޮޑު ކުށެއް ކަމާއި، އަދި އެ ކުށް ކުރުމުގެ ނިޔަތް އެމީހެއްގެ އޮތްކަން އަމަލީގޮތުން ޔަގީންކުރެވޭ މިންވަރަށް ދައުލަތުން ސާބިތުކޮށްދޭންވާނެއެވެ.
(ށ) އިއްތިރާފް
އަދަބެއްގެ ގޮތުގައި މީހެއްގެ މައްޗަށް މަރުގެ ހުކުމް އައިސްފާނެފަދަ ކުށަކަށްވާ އިއްތިރާފަކީ، ހުޅުވާލެވިގެންވާ ކޯޓެއްގައި އަދި ވަކީލެއްގެ އެހީތެރިކަން ލިބިހުރެ އެމީހަކު އެކުށުގެ އެންމެހާ ރުކުންތަކަށް އަމިއްލަ އިހްތިޔާރުގައިވެފައިވާ އިއްތިރާފަކަށް ނުވާހާހިނދަކު، އެމީހެއްގެ މައްޗަށް މަރުގެ އަދަބު ދިނުމުގެ ބޭނުމުގައި، އެފަދަ ކުށެއް ސާބިތުކުރުމަށް ހަމައެކަނި އޭނާވެފައިވާ އިއްތިރާފް ހެއްކެއްގެ ގޮތުގައި ދައުލަތުން ބޭނުންކޮށްގެން ނުވާނެއެވެ.
(ނ) ހެކީގެ މިންވަރު
- މި މާއްދާގެ (ހ) ގައިވާ މިންވަރަށް ކުށް ސާބިތުކުރުމަށްޓަކައި ހުށަހަޅާ ކޮންމެ ހެއްކަކީވެސް، ސަލާމަތް ބުއްދި ހުރި އަދި އަދުލުވެރި މީހެއްކަން ކަނޑައަޅަންވާނެއެވެ.
- ދައުވާ ރައްދުވާ ފަރާތުގެ ބަޔާން ހިމެނޭ ގޮތުގެމަތިން، ކުށެއް ސާބިތުކުރުމަށް ހުށަހަޅާ އެއްވެސް ހެއްކެއްގެ ބަޔާނެއް ނުވަތަ އެ ބަޔާނުން އެއްވެސް މިންވަރެއް އެ ކުށް ސާބިތުކުރުމަށް ހުށަހަޅާ އެހެން ހެއްކެއްގެ ބަޔާނަކާއި އެއްވެސް މިންވަރަކަށް ފުށުއެރުމެއްވާނަމަ، މި މައްދާގެ (ހ) ގައިވާ މިންވަރަށް އެކުށެއް ސާބިތުވީކަމަކަށް ނުބެލެވޭނެއެވެ.
(ރ) ހުކުމް އަމިއްލަ ޒާތުގައި އިސްތިއުނާފު ކުރެވުން
ކުށުގެ އަދަބެއްގެ ގޮތުން ކުށްވެރިޔާ މެރުމަށް ކޯޓުން ހުކުމް ކޮށްފިނަމަ، އެހުކުމްގެ ހުރިހާ ގާނޫނީ ނުކުތާތަކާއި މައްސަލައިގައި ކަން ހިނގާފައިވާގޮތް ދިވެހިރާއްޖޭގެ މަތީ މަރުހަލާގެ ކޯޓުތަކުން އަލުން ބަލަންވާނެއެވެ.
ހައްދުގެ ކުށްތައް
1205 ވަނަ މާއްދާ - އިސްލާމީ ށަރީއަތުގައި ހައްދު ކަނޑައަޅާފައިވާ ކުށްތައް (ސުރުހީއާއި މާއްދާ އިސްލާހު ކުރެވިފައި)
(ހ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، އިސްލާމީ ށަރީއަތުގައި ހައްދު ކަނޑައަޅާފައިވާ ނުވަތަ ގިސާސް ކަނޑައަޅާފައިވާ ކުށެއް، އިސްލާމީ ށަރީއަތުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން އެއްވެސް ށައްކެއްނެތް މިންވަރަށް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، އެމީހެއްގެ މައްޗަށް ކަނޑައަޅަންވާނީ އިސްލާމީ ށަރީއަތުގައިވާ ގޮތުގެމަތިން އެކަމަކަށް އިސްލާމީ ށަރީއަތުގައިވާ އަދަބެވެ. (އިތުރު ކުރެވިފައި)
(ށ) އެއްވެސް މީހެއްގެ މައްޗަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަދަބެއް ތަންފީޒުކުރަންވާނީ، އެ މައްސަލައެއްގެ ށަރީއަތުގެ ހުރިހާ މަރުހަލާއެއް ނިމުމަށްފަހު ސުޕްރީމް ކޯޓުން އެ އަދަބެއް ދިނުމަށް ހުކުމް ކޮށްފިނަމައެވެ. (އިތުރު ކުރެވިފައި)
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެމަތިން އަދަބު ކަނޑައެޅޭ މީހެއްގެ އަދަބާމެދު ގޮތެއް ނިންމުމަށް، އިސްލާމީ ށަރީއަތުގައި ކަނޑައެޅިފައިވާ އިމުގެ ތެރެއިން ހާކިމުގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ އިހްތިޔާރު ބޭނުންކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
(ރ) މި މާއްދާގެ ބޭނުމަށް "އިސްލާމީ ށަރީއަތް" ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) ގައި "އިސްލާމީ ށަރީއަތް" އަށް ދީފައިވާ މާނަކުރުމެވެ. (އިތުރު ކުރެވިފައި)
މި ގާނޫނަށް ގެނެވުނު އިސްލާހު
ގާނޫނުލްއުގޫބާތު
(ގާނޫނު ނަންބަރު 2014-09)
ފުރަތަމަ ބައި: އާންމު ބައި
10 ވަނަ ބާބު
އިބްތިދާއީ މާއްދާތައް
10 ވަނަ މާއްދާ - ތައާރުފާއި ނަމާއި އަމަލުކުރަން ފަށާ ތާރީހު
11 ވަނަ މާއްދާ - މާނަކުރުމުގެ އުސޫލުތައް؛ އާންމު މަގްސަދުތައް
12 ވަނަ މާއްދާ - ގާނޫނުގައި ކަނޑައަޅާފައިވާ ކުށް ނޫން އެހެން ކުށްތައް އުވިދިއުން
13 ވަނަ މާއްދާ - ގާނޫނުގެ ބާރު ހިނގާ ދާއިރާ
14 ވަނަ މާއްދާ - މަދަނީ ފަރުވާތައް ދެމެހެއްޓުން
16 ވަނަ މާއްދާ - ފައިސާގެ އަދަދުތައް ރައްޔިތުންގެ މަޖިލީހުން މުރާޖައާކުރުމުގެ ވާޖިބު
18 ވަނަ މާއްދާ - އުވާލެވޭ ގާނޫނު
20 ވަނަ ބާބު
ކުށުގެ ޒިންމާއުފުލުމުގެ އަސާސީ މިންގަނޑުތަކާއި ކުށުގެ ޒިންމާ އަދި ކުށުން ކުރިމަތިވާ ގެއްލުމުގެ ޒިންމާއުފުލުމާ ގުޅޭ ދިފާއުތައް
20 ވަނަ މާއްދާ - ކުށުގެ ޒިންމާއުފުލުމުގެ އަސާސް
21 ވަނަ މާއްދާ - ކުށުގެ ރުކުންތައް ކަނޑައެޅުން
22 ވަނަ މާއްދާ - އަމަލާއި އެ އަމަލުގެ ނަތީޖާއާ ދެމެދު ގުޅުން ހުރުން
24 ވަނަ މާއްދާ - ކުށުގެ ނިޔަތާ ގުޅޭ ރުކުންތައް
25 ވަނަ މާއްދާ - ނޭނގުމެއްގައި ނުވަތަ އޮޅުމަކުން ކުރާ ކަންތަކުން ކުށުގެ ނިޔަތް ނެތިދިއުން
26 ވަނަ މާއްދާ - ސިކުނޑީގެ ބައްޔެއްގެ ނުވަތަ އުނިކަމެއްގެ ސަބަބުން ކުށުގެ ނިޔަތް ނެތިދިއުން
30 ވަނަ ބާބު
ކުށުގެ ރުކުންތައް ވަކި ފަރާތަކަށް ނިސްބަތްކުރުން
30 ވަނަ މާއްދާ - މީހެއްގެ އަމަލަށް އެހެން މީހަކު ޒިންމާދާރުކުރުވުން
31 ވަނަ މާއްދާ - އަމިއްލަ އިހްތިޔާރުގައި މަސްތުވުން
33 ވަނަ މާއްދާ - ކުށުގެ އަމަލެއް ކުރާއިރު، އެހެން ކުށެއް ކުރަނީކަމުގައި ކުށްހީކުރެވުން
40 ވަނަ ބާބު
ހުއްދަކުރެވިގެންވާ ދިފާއު
40 ވަނަ މާއްދާ - ހުއްދަކުރެވިގެންވާ ދިފާއާ ގުޅޭ އާންމު އުސޫލުތައް
41 ވަނަ މާއްދާ - ހުއްދަ މަގްސަދެއް ހާސިލުކުރުމަށް ކުރާ ނުރަނގަޅު ކަންތައްތައް
42 ވަނަ މާއްދާ - ގާނޫނީ ވާޖިބު އަދާކުރުން
43 ވަނަ މާއްދާ - ގާނޫނު ތަންފީޒު ކުރުމުގެ އިދާރާ
45 ވަނަ މާއްދާ - ނަފުސުގެ ދިފާއު
46 ވަނަ މާއްދާ - މުދަލުގެ ދިފާއު
50 ވަނަ ބާބު
މައާފު ލިބެނިވި ދިފާއު
50 ވަނަ މާއްދާ - މައާފު ލިބެނިވި ދިފާއާ ގުޅޭ އާންމު އުސޫލުތައް
52 ވަނަ މާއްދާ - ބުއްދިއަށް އުނިކަން ލިބިގެންވުން
53 ވަނަ މާއްދާ - ތަސައްރުފުނުފުދުން
54 ވަނަ މާއްދާ - އަމިއްލަ އިހްތިޔާރުގައި ނޫން ގޮތަކަށް މަސްތުވުން
55 ވަނަ މާއްދާ - ބާރުގެ ބޭނުންކޮށްފާނެކަމުގެ ނުފޫޒު
56 ވަނަ މާއްދާ - ހަމަހެއަށް އުނިކަން އައުން
57 ވަނަ މާއްދާ - އެނގިގެންނުވާ ކަންތައްތަކާއި ކުށްހީގެ މައްޗަށް ގަބޫލުކުރެވޭ ކަންތައްތައް
58 ވަނަ މާއްދާ - ހުއްދަ ދިފާއެއް ލިބިގެންވާކަމަށް ކުށްހީއެއްގައި ގަބޫލުކުރެވުން
60 ވަނަ ބާބު
ދައުވާ ކުރުމަށް ހުރަހަކަށް ވެދާނެ ދިފާއު
60 ވަނަ މާއްދާ - ދައުވާ ކުރުމަށް ހުރަހަކަށް ވެދާނެ ދިފާއާ ގުޅޭ އާންމު އުސޫލުތައް
63 ވަނަ މާއްދާ - ޑިޕްލޮމެޓިކް އިމްތިޔާޒު
64 ވަނަ މާއްދާ - ކުރިން ކުށަކަށް ކޮށްފައިވާ ދައުވާ އެ ކުށަށް ފަހުން ކުރާ ދައުވާގެ ހުރަހަކަށްވުން
65 ވަނަ މާއްދާ - ކުރިން އެހެން ކުށަކަށް ކޮށްފައިވާ ދައުވާ އަލުން ކުރާ ދައުވާގެ ހުރަހަކަށްވުން
70 ވަނަ ބާބު
ކުންފުނިތަކުގެ ޒިންމާއާއި އިންސާނުން ނޫން އެހެން ވަސީލަތްތަކުގެ ޒިންމާ
70 ވަނަ މާއްދާ - ކުންފުނިތަކާއި ކުންފުނީގެ ގޮތުގައި ރަޖިސްޓަރީކޮށްފައިނުވާ ޖަމާއަތްތަކުގެ ޒިންމާ
80 ވަނަ ބާބު
ފުރިހަމަނުވާ ކުށް
80 ވަނަ މާއްދާ - ކުށެއް ކުރަން އުޅުން
81 ވަނަ މާއްދާ - ކުށެއް ކުރުމަށް އެދުން
82 ވަނަ މާއްދާ - ކުށްކުރުމަށް ރޭވުން
83 ވަނަ މާއްދާ - ރޭވުމުގައި ބައިވެރިވި މީހެއްގެ މައްޗަށް ދައުވާކުރެވެން ނެތުން ދިފާއަކަށް ނުވުން
84 ވަނަ މާއްދާ - ކުށް އޭނާގެ މައްޗަށް ހިންގުނު މީހާއަށް ލިބިދެވޭ ދިފާއު
87 ވަނަ މާއްދާ - ކުށްކުރުމުގެ އާލާތް އަތުގައި ހުރުން
90 ވަނަ ބާބު
ކުށް ދަރަޖަކުރުމާއި އޭގެ ނަތީޖާ
90 ވަނަ މާއްދާ - ކުށް ދަރަޖަކުރެވިގެންވުން
91 ވަނަ މާއްދާ - ދަރަޖަކޮށްފައިނުވާ ކުށްކުށް
92 ވަނަ މާއްދާ - ޖަލުގައި ބަންދުކުރުމަށް ހުއްދަކުރެވިގެންވާ މުއްދަތު
93 ވަނަ މާއްދާ - ހުއްދަކުރެވިފައިވާ ޖޫރިމަނާގެ އަދަދުތައް
94 ވަނަ މާއްދާ - އެއް ކުށަށް ވުރެ ގިނަ ކުށަށް ދައުވާކުރުން
ދެވަނަ ބައި: ހާއްސަ ބައި
ނަފުސާ ދެކޮޅަށް ކުރެވޭ ކުށް
110 ވަނަ ބާބު
މެރުމުގެ ކުށް
111 ވަނަ މާއްދާ - ގަސްދަކާ ނުލައި މީހަކު މެރުން
112 ވަނަ މާއްދާ - އިހުމާލުގެ އަމަލަކުން މީހަކު މަރުވުން
114 ވަނަ މާއްދާ - މަރެއް ފޮރުވުން
120 ވަނަ ބާބު
ޖެހުމާއި، ޖަހާފާނެކަމުގެ ބިރުދެއްކުމާއި އަދި އެހެނިހެން ބިރުދެއްކުމުގެ ކުށް
121 ވަނަ މާއްދާ - ފަރުވާލެއްނެތި ކުރާ އަމަލަކުން އަނިޔާއެއް ލިބިދާނެކަމުގެ ބިރުދެއްކުން
122 ވަނަ މާއްދާ - ބިރުދެއްކުމާއި ދޮގު ހަބަރު ދިނުން
130 ވަނަ ބާބު
ޖިންސީ އަމަލުގެ ކުށް
130 ވަނަ މާއްދާ - ގަދަކަމުން ޒިނޭކުރުން
131 ވަނަ މާއްދާ - ޖިންސީ އަމަލު
132 ވަނަ މާއްދާ - ބޭއަދަބީ ގޮތުގައި އައުރަ ހާމަކުރުން
133 ވަނަ މާއްދާ - ޖިންސީ ބޭނުންހިފުން
134 ވަނަ މާއްދާ - ޖިންސީ އަމަލުގެ ކުށްކުށާ ގުޅޭ އާންމު އުސޫލުތައް
140 ވަނަ ބާބު
މިނިވަންކަން ނިގުޅައިގަނެވޭ ގޮތަށް މީހުން ހިފެހެއްޓުމާއި ކަންކަން މަޖުބޫރުކުރުމުގެ ކުށް
140 ވަނަ މާއްދާ - ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުން
141 ވަނަ މާއްދާ - ޖިނާއީ މަޖުބޫރުކުރުވުން
މުދަލުގެ ކުށާއި ޒާތުގެ ކުށް
210 ވަނަ ބާބު
ވައްކަމުގެ ކުށް
210 ވަނަ މާއްދާ - ވައްކަން، ޓެކުން، މަކަރާއި ހީލަތް، ހިޔާނާތް އަދި ފޭރުން
211 ވަނަ މާއްދާ - ވައްކަންކުރުން
212 ވަނަ މާއްދާ - މަކަރާއި ހީލަތުން ނުވަތަ ޓެކުމުން އެހެން މީހެއްގެ މުދަލެއް ނިގުޅައިގަތުން
214 ވަނަ މާއްދާ - ހުއްދަނޫން ގޮތުގައި ހިދުމަތުން ބޭނުންކުރުން ނުވަތަ މަންފާ ހޯދުން
215 ވަނަ މާއްދާ - ހިޔާނާތުގެ ކުށް
217 ވަނަ މާއްދާ - މުދަލަކުން ހުއްދަނޫން ބޭނުންކުރުން
218 ވަނަ މާއްދާ - ވައްކަންކޮށްގެން ހޯދާފައިވާ މުދާ ބަލައިގަތުން
220 ވަނަ ބާބު
މުދަލަށް ގެއްލުންދިނުމާއި މުދާ ހަލާކުކުރުމުގެ ކުށް
220 ވަނަ މާއްދާ - މުދަލަށް ގެއްލުންދިނުން
221 ވަނަ މާއްދާ - މުދަލަށް ނުރައްކާ ކުރުން
222 ވަނަ މާއްދާ - ފަނާކޮށްފާނެކަމުގެ ބިރުދެއްކުން
230 ވަނަ ބާބު
ހުއްދަ ނެތް ތަންތަނަށް ވަނުމުގެ ކުށް
230 ވަނަ މާއްދާ - ހުއްދަނޫން ތަނަކަށް ވަނުން
231 ވަނަ މާއްދާ - މީހުން ދައްކާ ވާހަކަ ސިއްރުން އަޑުއެހުމާއި ފާރަލުން
232 ވަނަ މާއްދާ - ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދުން
233 ވަނަ މާއްދާ - ހުއްދަނޫން ގޮތުގައި މައުލޫމާތު ހާމަކުރުން
310 ވަނަ ބާބު
ސައްހަ ލިޔުމަށް ބަދަލުގެނައުމާއި ނަކަލުކުރުމާއި، މަކަރުވެރި އަމަލު ހިންގުން
311 ވަނަ މާއްދާ - ލިޔުމާއި ރެކޯޑާއި އެހެނިހެން ވަސީލަތްތަކާ ބެހުން
312 ވަނަ މާއްދާ - ށަހްސު އޮޅުވާލުން
313 ވަނަ މާއްދާ - އޮޅުވާލުމުގެ އަމަލުތައް
314 ވަނަ މާއްދާ - ރިށްވަތު ދިނުމާއި، ވަކި މަސްލަހަތަކަށް ބުރަވެ އަމަލުނުކުރުމުގެ ވާޖިބާ ހިލާފުވުން
316 ވަނަ މާއްދާ - ރަހުނު ބެހެއްޓުމަށްފަހު ދަރަނި ދޫކޮށްފައިވާ ފަރާތްތަކަށް އޮޅުވާލުން
317 ވަނަ މާއްދާ - އިފްލާސްކުރެވިފައިވާ ހާލަތުގައި އޮޅުވާލުން
318 ވަނަ މާއްދާ - މާލީ ހާލަތު ދަށްވަމުންދާ މާލީ އިދާރާއަކުން ފައިސާއެއް ޖަމާކުރުމަށް ގަބޫލުކުރުން
319 ވަނަ މާއްދާ - ޕިރަމިޑް ސޭލްސް ސްކީމެއްގައި ބައިވެރިވުމުގެ ހައްގު ވިއްކާލުން
410 ވަނަ ބާބު
އާއިލާއާ ދެކޮޅަށް ކުރެވޭ ކުށް
410 ވަނަ މާއްދާ - ހުއްދަނޫން ކާވެނި
411 ވަނަ މާއްދާ - ހުއްދަނޫން ޖިންސީ ގުޅުން
412 ވަނަ މާއްދާ - ހުއްދަނޫން ޖިންސީ މުއާމަލާތް
413 ވަނަ މާއްދާ - ތިމާގެމީހަކާއެކު ޒިނޭކުރުން ނުވަތަ ޖިންސީ މުއާމަލާތް ހިންގުން
414 ވަނަ މާއްދާ - ދަރިން ބެލެހެއްޓުމަށް އޮތް ވާޖިބާއި، ދަރިންނަށް އަޅާނުލައި ދޫކޮށްލުން
416 ވަނަ މާއްދާ - ހައްޔަރުން ނައްޓުވައިލުން
510 ވަނަ ބާބު
ދައުލަތް ހިންގުމާ ދެކޮޅަށް ކުރެވޭ ކުށް
ރިށްވަތު ދިނުމާއި ރަސްމީ ހައިސިއްޔަތުން އަދާކުރާ ވަޒީފާގައި ހިންގާ ހުއްދަނޫން ކަންކަމުގެ ކުށް
511 ވަނަ މާއްދާ - ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުން
512 ވަނަ މާއްދާ - ރަސްމީ ވާޖިބު އަދާކުރުމުގައި ހިންގާ އެކަށީގެންނުވާ އަމަލު
513 ވަނަ މާއްދާ - ނަހަމަ ގޮތުގައި ރަސްމީ ހައިސިއްޔަތު ނުވަތަ މައުލޫމާތު ބޭނުންކުރުން
514 ވަނަ މާއްދާ - ސިއްރު މައުލޫމާތު ހުއްދަނޫން ގޮތުގައި ހާމަކުރުން
520 ވަނަ ބާބު
ދޮގު ހެކި ދިނުމާއި ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށް
520 ވަނަ މާއްދާ - ރަސްމީ އިދާރާތަކަށް ދޮގު ހެކި ދިނުން
521 ވަނަ މާއްދާ - ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުން
522 ވަނަ މާއްދާ - ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ދޮގު ރިޕޯޓުކުރުން
523 ވަނަ މާއްދާ - އާންމު ރައްކާތެރިކަން ބަލަހައްޓާ ފަރާތްތަކަށް ދޮގު ހަބަރު ދިނުން
530 ވަނަ ބާބު
ދައުލަތް ހިންގުމުގެ ދާއިރާއަށް ހުރަސްއެޅުމާއި ތަނަކުން ފިލައިގެންދިއުން
530 ވަނަ މާއްދާ - އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުން
531 ވަނަ މާއްދާ - އެކްސިޑެންޓްވުމުން އެކަމުގެ ރިޕޯޓުނުކުރުން
534 ވަނަ މާއްދާ - ގާނޫނީ ގޮތުން ރައްދުކުރަންޖެހޭ ށަރުއީ ލިޔުމެއް ރައްދުކުރުމަށް ހުރަސްއެޅުން
535 ވަނަ މާއްދާ - ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ މުވައްޒަފަކަށް އެހީނުވުން
536 ވަނަ މާއްދާ - ފިލައިގެން އުޅޭ މީހާއަށް އެހީތެރިވެދިނުން ނުވަތަ އޭނާ ފޮރުވައިދިނުން
537 ވަނަ މާއްދާ - ފިލުން އަދި މީހުން ބަންދުކުރާ މަރުކަޒަކަށް ރިޕޯޓުނުކުރުން
538 ވަނަ މާއްދާ - ފިލުން ހުއްދަކުރުން
541 ވަނަ މާއްދާ - ކޯޓަށް ހާޒިރުނުވުން
610 ވަނަ ބާބު
އަމަންއާންމާއި، ރައްކާތެރިކަމާއި، އަހްލާގީ މިންގަނޑުތަކާ ގުޅޭ ކުށް
އަމަންއާންމާއި ރައްކާތެރިކަމުގެ ކުށް
610 ވަނަ މާއްދާ - ރަޔަޓްކުރުމާއި ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލުން
611 ވަނަ މާއްދާ - ކުލީސިފައިން ހޯދުން
612 ވަނަ މާއްދާ - ގަޒުފުގެ ކުށް
614 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ވަނުން
615 ވަނަ މާއްދާ - އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލުކުރުން
616 ވަނަ މާއްދާ - ރަމަޒާންމަހު ރޯދަނުހިފުމާއި ބަނގުރާ ބުއިމާއި އޫރުމަސް ކެއުން
617 ވަނަ މާއްދާ - އިސްލާމްދީނާ އިދިކޮޅު އަމަލުތައް
618 ވަނަ މާއްދާ - އެހީތެރިވެދިނުމުގެ ވާޖިބު
620 ވަނަ ބާބު
އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލު ހިންގުމުގެ ކުށް
620 ވަނަ މާއްދާ - ހަށިވިއްކުން
621 ވަނަ މާއްދާ - ހަށިވިއްކުމަށް އެހީތެރިވެދިނުމާއި ހިތްވަރު ދިނުން
622 ވަނަ މާއްދާ - ހަޑިހުތުރު ލިޔުމާއި، ތަކެތި އުފެއްދުމާއި، ބެހުން
623 ވަނަ މާއްދާ - މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުން
624 ވަނަ މާއްދާ - އިންސާނާގެ ހަށިގަނޑުގެ ބައިތައް ވިއްކުން
625 ވަނަ މާއްދާ - ޖަނަވާރަށް އަނިޔާވެރި އަމަލުކުރުން
710 ވަނަ ބާބު
ހަތިޔާރާ ގުޅޭ ކުށް
710 ވަނަ މާއްދާ - ކުށެއް ކުރުމުގައި ނުރައްކާތެރި ހަތިޔާރެއް ބޭނުންކުރުން
720 ވަނަ ބާބު
ޓެރަރިޒަމާއި ރާވައިގެން ކުރާ ކުށް
720 ވަނަ މާއްދާ - ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުން
721 ވަނަ މާއްދާ - ފައިސާގެ އެކިއެކި ލިޔުންތައް ނަހަމަ ގޮތުގައި ބޭނުންކުރުން
ތިންވަނަ ބައި - ކަނޑައެޅޭނެ އަދަބުގެ މިންވަރު
1000 ވަނަ ބާބު
އަދަބު ކަނޑައެޅުމުގެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުން
1000 ވަނަ މާއްދާ - ކަނޑައެޅޭނެ އަދަބުގެ މިންވަރު ކަނޑައަޅައި އާންމުކުރުން
1001 ވަނަ މާއްދާ - ކަނޑައެޅޭނެ އަދަބުގެ މިންވަރު
1002 ވަނަ މާއްދާ - ކަނޑައެޅޭނެ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލު
1005 ވަނަ މާއްދާ - އަދަބުތަކުގެ މިންވަރު ދައްކުވައިދޭ ތާވަލު
1006 ވަނަ މާއްދާ - އެއް ކުށަށް ވުރެ ގިނަ ކުށަށް އަދަބުދިނުން
1007 ވަނަ މާއްދާ - އަދަބު ކަނޑައަޅާ ކޯޓުގެ ބާރުތައް
1100 ވަނަ ބާބު
އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށް ގެންނަންޖެހޭ ބަދަލުތައް
1100 ވަނަ މާއްދާ - އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑާ އެއްގޮތަށް އަމަލުކުރުން
1102 ވަނަ މާއްދާ - ބޮޑު ގެއްލުމެއް ދިނުމުގެ ސަބަބުން އަދަބުގެ ދަރަޖަ މަތިވުން
1104 ވަނަ މާއްދާ - ކުށެއްގެ ރެކޯޑަށް ބަލައި ކުށުގެ އަދަބުގެ މިންވަރު މަތިވުން ނުވަތަ ދަށްވުން
1108 ވަނަ މާއްދާ - މުޅިން ފުރިހަމަނުވާ ދިފާއެއް އޮތުމުގެ ސަބަބުން އަދަބުގެ މިންވަރު ދަށްވުން
1200 ވަނަ ބާބު
އަދަބު ކަނޑައެޅުމުގެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމުގެ ހުދޫދު
1200 ވަނަ މާއްދާ - އަދަބުގެ ދަރަޖަ މަތިވުމާއި ދަށްވުން
1201 ވަނަ މާއްދާ - އަދަބެއްގެ ގޮތުން ޖަލަށްލުން
1202 ވަނަ މާއްދާ - ޖަލަށްލުން ފިޔަވައި ދެވޭ އެހެނިހެން އަދަބުތައް
1204 ވަނަ މާއްދާ - މަރުގެ އަދަބު
1205 ވަނަ މާއްދާ - ހައްދުގެ ކުށްތައް
ފުރަތަމަ ބައި: އާންމު ބައި
10 ވަނަ
ބާބު
އިބްތިދާއީ މާއްދާތައް
10 ވަނަ މާއްދާ - ތައާރުފާއި ނަމާއި އަމަލުކުރަން ފަށާ ތާރީހު
11 ވަނަ މާއްދާ - މާނަކުރުމުގެ އުސޫލުތައް؛ އާންމު މަގްސަދުތައް
12 ވަނަ މާއްދާ - ގާނޫނުގައި ކަނޑައަޅާފައިވާ ކުށް ނޫން އެހެން ކުށްތައް އުވިދިއުން
13 ވަނަ މާއްދާ - ގާނޫނުގެ ބާރު ހިނގާ ދާއިރާ
14 ވަނަ މާއްދާ - މަދަނީ ފަރުވާތައް ދެމެހެއްޓުން
15 ވަނަ މާއްދާ - ހެކި ސާބިތުކޮށްދިނުމުގެ ޒިންމާ؛ އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު ގަބޫލުކުރެވޭނެ ކަންކަން
16 ވަނަ މާއްދާ - ފައިސާގެ އަދަދުތައް ރައްޔިތުންގެ މަޖިލީހުން މުރާޖައާކުރުމުގެ ވާޖިބު
17 ވަނަ މާއްދާ - މާނަކުރުން
18 ވަނަ މާއްދާ - އުވާލެވޭ ގާނޫނު
ތައާރުފާއި ނަމާއި އަމަލުކުރަން ފަށާ ތާރީހު
10 ވަނަ މާއްދާ - ތައާރުފާއި ނަމާއި އަމަލުކުރަން ފަށާ ތާރީހު
(ހ) ތައާރުފާއި ނަން
މި ގާނޫނަކީ، ޖިނާއީ ކުށްކުށާއި، އެ ކުށްކުށުގެ ޒިންމާ އުފުލުމުގެ މިންގަނޑާއި، އެ ކުށްކުށް ސާބިތުކޮށްދިނުމުގެ ރުކުންތަކާއި، އެ ކުށްކުށުގެ އުގޫބާތާއި، ކުށްކުށާއި އުގޫބާތް ދަރަޖަކުރެވިގެންވާގޮތާއި، ކުށުގެ ދިފާއުގެ ގޮތުގައި ބޭނުންކުރެވޭނެ ކަންތައްތަކާއި، އަދަބު ކަނޑައެޅުމުގެ އުސޫލާއި، އަދަބު ކަނޑައެޅުމުގެ މިންގަނޑު ކަނޑައަޅައި އެކަންކަމާބެހޭ އެންމެހައި އުސޫލުތައް ބަޔާންކުރާ ގާނޫނުއެވެ.
(ށ) މި ގާނޫނަށް ކިޔާނީ "ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު" އެވެ.
(ނ) އަމަލުކުރަން ފަށާ ތާރީހު
މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާތާ 12 މަސްދުވަސް ހަމަވާ ދުވަހުން ފެށިގެންނެވެ.
(ރ) ކުރީގެ ކުށްކުށް
އާންމު އުސޫލެއްގެ ގޮތުން، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ނުވަތަ ކޮށްފައިވާ ކުށެއްގެ މައްޗަށް މި ގާނޫނެއް ނުހިނގާނެއެވެ. އެހެންނަމަވެސް، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ނުވަތަ ކޮށްފައިވާ ކުށަކަށް މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު އަދަބު ކަނޑައަޅާނަމަ، އެ ކުށަކަށް ދިނުމަށް މި ގާނޫނުގައި ކަނޑައަޅާފައިވާ އަދަބަކީ ކުރީގެ ގާނޫނުގައި ކަނޑައަޅާފައިވާ އަދަބަށްވުރެ ކުޑަ އަދަބެއްނަމަ، އެފަދަ ކުށަކަށް އަދަބު ކަނޑައަޅަންވާނީ މި ގާނޫނުގައިވާ ގޮތުގެމަތިންނެވެ.
މާނަކުރުމުގެ އުސޫލުތައް؛ އާންމު މަގްސަދުތައް
11 ވަނަ މާއްދާ - މާނަކުރުމުގެ އުސޫލުތައް؛ އާންމު މަގްސަދުތައް
(ހ) މާނަކުރުމުގެ އުސޫލު
މި ގާނޫނުގެ މާއްދާތައް މާނަކުރާނީ އެ މާއްދާތަކުގެ އިބާރާތްތަކުން ދޭހަވާ އާންމު މާނައާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އެހެންނަމަވެސް މާއްދާއެއްގެ އިބާރާތްތަކުން އެއް މާނައަށްވުރެ ގިނަ މާނަ ދޭހަވާގޮތަށް މާނަކުރެވޭނަމަ، އެ މާއްދާ މާނަކުރަންވާނީ، މި މާއްދާގައި ބަޔާންކުރެވިގެންވާ އާންމު މަގްސަދުތައް ހާސިލުވާނެ ގޮތުގެމަތިންނާއި، މާނަކުރަންޖެހޭ މާއްދާގައި ހިމެނިގެންވާ ހާއްސަ މަގްސަދުތައް ހާސިލުވާނެ ގޮތުގެމަތިންނެވެ. މި ގާނޫނުގެ ދަށުން ދީފައިވާ އިހްތިޔާރީ ބާރުތަކުގެ ބޭނުންހިފަންވާނީ އެ ބާރުތަކާ ގުޅިގެން މި ގާނޫނުގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި އެ މިންގަނޑުތަކަކީ އޭގެ ޒާތުގައި ނުފުދޭ މިންގަނޑުތަކަކަށްވާނަމަ، މި މާއްދާގައި ބަޔާންކުރެވިގެންވާ އާންމު މަގްސަދުތައް ހާސިލުވާނެ ގޮތުގެމަތިންނެވެ.
(ށ) އާންމު މަގްސަދު
މި ގާނޫނުގެ އާންމު މަގްސަދަކީ ދީނާއި، ފުރާނައާއި، ނަސަބާއި، ބުއްދިއާއި މުދާ ހިމެނޭ ގޮތުން، ގާނޫނީ ގޮތުން ރައްކާތެރިކޮށްދޭންޖެހޭ ފަރުދީ މަސްލަހަތުތަކާއި އާންމު މަސްލަހަތުތަކަށް ގާނޫނުގައި ހުއްދަކުރެވިގެންނުވާ ގޮތެއްގެމަތިން ނުވަތަ ގާނޫނުން މައާފުދެވެން ނެތް ގޮތެއްގެމަތިން، ގެއްލުން ފޯރުކުރުމުގެ ގޮތުން ނުވަތަ ގެއްލުން ފޯރުކޮށްފާނެކަމުގެ ބިރުދެއްކުމުގެ ގޮތުން ހިންގޭ އަމަލުތައް މަނާކުރުމުގެ، އަދި އެފަދަ އަމަލުތަކަށް އުގޫބާތް ކަނޑައެޅުމުގެ ނިޒާމެއް ގާއިމުކުރުމެވެ. މި ގޮތުގެމަތިން،
މި ގާނޫނުގެ މާއްދާތަކުގެ މަގްސަދަކަށްވެގެން ވާނީ، އަދި މި ގާނޫނުގެ މާއްދާތައް މާނަކުރެވެންވާނީ، އަންނަނިވި މަގްސަދުތައް ހާސިލުވާނެ ގޮތުގެމަތިންނެވެ:
- ކުށްކުރާ މީހާ ކުށްވެރިވާ ނިސްބަތާއި، ކުރާ ކުށުގެ ބުރަދަނުގެ ނިސްބަތާއި އެކަށީގެންވާ މިންވަރެއްގެ އުގޫބާތެއް ކަނޑައެޅުން؛
- ކުށަކަށް ނުވާ އަމަލު ކުށުގެ ގޮތުގައި ކުށްވެރިކުރުމުން ރައްކާތެރިކުރުމާއި، ކުށުގެ އަމަލު ކުށުގެ ގޮތުގައި ކުށްވެރިކުރުން؛
- ކުށުގެ ތުހުމަތުކުރެވޭ ނުވަތަ ކުށް ސާބިތުކުރެވޭ މީހުންނާ މެދު އަނިޔާވެރި ގޮތުގައި ނުވަތަ ގާނޫނީ ހަމައެއް ނެތް ގޮތުގައި މުއާމަލާތްކުރުން ހުއްޓުވުން؛
- ކުށް މާނަކޮށްދީގެން އަދި ވަކި ދަރަޖަތަކަކަށް ކުށްތައް ބަހައިގެން، ކުށްކުށަށް ދެވޭ އަދަބުގެ މިންވަރު ކަނޑައަޅައިދިނުމާއި، ކުށުގެ ގޮތުގައި މަނާކުރެވިފައިވާ އަމަލުތަކަކީ ކޮބައިކަމުގެ އެކަށީގެންވާ އިންޒާރު ދިނުމާއި އެފަދަ އަމަލެއް ކޮށްފިނަމަ ނުކުންނާނެ ނަތީޖާއަކީ ކޮބައިކަން ބަޔާންކޮށްދިނުން.
(ނ) އިތުރު މަގްސަދު
މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މަގްސަދުތަކަށް އުނިކަމެއް ނާންނާނެ ގޮތުގެމަތިން، އަންނަނިވި ކަންކަން މެދުވެރިކޮށް އާންމު މަސްލަހަތު ދެމެހެއްޓުމަކީވެސް މި ގާނޫނުން ހާސިލުކުރަން ބޭނުންވާ މަގްސަދެކެވެ:
- މުޖްތަމައުގެ އާންމު ހަމަތަކަށް އުނިކަން ގެންނަ އަމަލުތަކަށް އެކަށީގެންވާ އަދަބު ކަނޑައަޅައިގެން، އެ އާންމު ހަމަތައް ދެމެހެއްޓުން؛
- ކުށްކުށަށް ކަނޑައަޅާފައިވާ އަދަބުގެ ސަބަބުން އެފަދަ ކުށްކުރުމުން ދުރުހެލިކުރުވުމާއި އެފަދަ ކުށް މަދުކުރުން؛
- ޖިނާޔަތުގެ އަމަލުތައް ތަކުރާރުވިޔަނުދިނުމުގެ ގޮތުން ހައްޔަރުކުރުން ހިމެނޭގޮތަށް ހިފެހެއްޓުން.
- މުޖްތަމައުގެ އާންމު އިޖްތިމާއީ މިންގަނޑުކަމަށް މި މާއްދާގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި އާންމުކޮށް މުޖްތަމައު ގަބޫލުކުރާ ސުލޫކީ ގިޔަމްތައް ހިމެނެއެވެ.
ގާނޫނުގައި ކަނޑައަޅާފައިވާ ކުށް ނޫން އެހެން ކުށްތައް އުވިދިއުން
12 ވަނަ މާއްދާ - ގާނޫނުގައި ކަނޑައަޅާފައިވާ ކުށް ނޫން އެހެން ކުށްތައް އުވިދިއުން
މި ގާނޫނުގައި ކުށެއް ކަމުގައި ކަނޑައަޅައި ބަޔާންކޮށްފައިނުވާ ނުވަތަ ދިވެހިރާއްޖޭގެ އެހެންވެސް ގާނޫނެއްގައި ކުށެއްކަމުގައި ކަނޑައަޅައި ބަޔާންކޮށްފައިނުވާ އެއްވެސް އަމަލަކީ ކުށެއް ނޫނެވެ.
ގާނޫނުގެ ބާރު ހިނގާ ދާއިރާ
13 ވަނަ މާއްދާ - ގާނޫނުގެ ބާރު ހިނގާ ދާއިރާ
(ހ) ގާނޫނުގެ ބާރު ހިނގާ ދާއިރާ
އަންނަނިވި ކަންކަމުގެ މައްޗަށް ދައުވާ އުފުލުމުގެ ބާރު ދައުލަތަށް ލިބިގެންވެއެވެ:
- ކުށެއްގެ ރުކުނެއް ކަމުގައި ބަޔާންކޮށްފައިވާ އެއްވެސް އަމަލެއް ދިވެހިރާއްޖޭގައި ހިންގާ ހިނދު، އެ ކުށަކަށް؛ ނުވަތަ
- ކުށެއްގެ ރުކުނެއް ކަމުގައި ބަޔާންކޮށްފައިވާ އަމަލެއްގެ ނަތީޖާއެއްގެ ސަބަބުން ގެއްލުން ލިބުނީ ދިވެހިރާއްޖޭގައިކަމަށް ވާހިނދު އެ ކުށަކަށް؛ ނުވަތަ
- މުޅިން ފުރިހަމަނުވާ ކުށެއްގެ އަމަލު ފުރިހަމަވާހިނދު، އެ ކުށުގެ އަމަލުގެ ރުކުން ނުވަތަ ނަތީޖާގެ ރުކުން ފުރިހަމަވީ ދިވެހިރާއްޖޭގައި ކަމުގައިވާހިނދު، އެ ކުށަކަށް؛ ނުވަތަ
- އަންނަނިވި ނުކުތާތައް ހިމެނިގެންވާ ގޮތަށް ހިންގޭ މުޅިން ފުރިހަމަނުވާ ކުށްކުށަށް:
(ހހ) އެފަދަ ކުށެއްގެ ރުކުނެއް ކަމުގައި ބެލެވޭ އަމަލެއް ދިވެހިރާއްޖޭގައި ކުރުން؛ އަދި
(ށށ) ކުށުގެ އަމަލު ފުރިހަމަކުރުމަށް ކަނޑައަޅާފައިވާ ތަނަކީ ނުވަތަ އެ ކުށުން ނެރެން ބޭނުންވާ ނަތީޖާ ނެރުމަށް ކަނޑައަޅާފައިވާ ތަނަކީ ދިވެހިރާއްޖެ ފިޔަވައި އެހެން ގައުމެއް ކަމުގައިވުން؛ އަދި
(ނނ) އެ ކުށުގެ އަމަލު ފުރިހަމަކުރުމަށް ކަނޑައަޅާފައިވާ ގައުމުގައި، ނުވަތަ އެ ކުށުގެ ނަތީޖާ ނެރުމަށް ކަނޑައަޅާފައިވާ ގައުމުގައި އެ ކުށުގެ އަމަލު ފުރިހަމަވެއްޖެނަމަ އެއީ އެ ގައުމެއްގައިވެސް، އަދި ދިވެހިރާއްޖޭގައި އެކަން ކުރިނަމަ، ދިވެހިރާއްޖޭގައިވެސް ކުށެއްކަމުގައި ބެލެވޭނެ އަމަލަކަށްވުން؛ އަދި
- ށެއްގެ ނަތީޖާއެއްގެ ގޮތުން، ދިވެހި ރައްޔިތުންނަށް ނުވަތަ ދައުލަތަށް، ނުވަތަ ދައުލަތުގެ މުދަލަށް، ނުވަތަ ދައުލަތުގެ ބާރު ތަންފީޒުކުރާ ފަރާތްތަކަކަށް، ގެއްލުމެއް ކުރިމަތިވާ ބާވަތުގެ ކުށާއި، އެއިން ފަރާތަކަށް އެފަދަ ގެއްލުމެއް ލިބިދާނެކަމަށް ބެލެވޭ މުޅިން ފުރިހަމަނުވާ ކުށް؛ އަދި
- ކުށްކުރީ ކޮންމެ ތަނެއްގައިކަމަށްވީނަމަވެސް ދިވެހިރައްޔިތަކު ނުވަތަ ދިވެހިރައްޔިތަކާ ގުޅިގެން ކުރާކުށް، ނުވަތަ ދިވެހިރާއްޖޭގައި ދިރިއުޅުން ބިނާވެފައިވާ މީހަކު ކުރާ ކުށް؛ އަދި
- ކުށްކުރީ ކޮންމެ ތަނެއްގައި ކަމުގައިވީނަމަވެސް، އަދި އެ ކުށްކުރި މީހުންގެ ދިރިއުޅުން ބިނާވެފައިވަނީ ކޮންމެ ގައުމެއްގައި ކަމުގައިވީނަމަވެސް، ބައިނަލްއަގްވާމީ ގާނޫނާ ކަނޑައެޅިގެން ހިލާފަށް ކުރެވޭ ކޮންމެ ކުށެއް. އަދި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާއެއްގެ ސަބަބުން އެ ކުށުގެ އަމަލުގެ މައްޗަށް ގާނޫނު ހިންގުމުގެ ބާރު ދައުލަތަށް ލިބިދޭ ބާވަތުގެ ކުށް؛ އަދި
- ކަނޑުގެ އުޅަނދުފަހަރާއި ވައިގެ އުޅަނދުފަހަރުގެ ތެރެއިން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ނުވަތަ ދިވެހިރާއްޖޭގެ ދިދަ ނަގާފައިވާ އުޅަނދަކާ ދެކޮޅަށް ނުވަތަ އެއިން އުޅަނދެއްގައި ކުރެވޭ ކުށް.
(ށ) ކުށުގެ މައްޗަށް ގާނޫނު ހިންގުމުގެ ބާރު އޮތުން އެއީ ކުށުގެ ރުކުނެއް ނޫންކަން
ކުށެއްގެ މައްޗަށް ގާނޫނު ހިންގުމުގެ ބާރު ދައުލަތަށް އޮތްކަން ސާބިތުކުރުމަކީ، އެ ކުށުގެ ރުކުނެއް ނޫނެވެ. އެއީ ކުށެއްގެ މައްޗަށް ދައުވާ އުފުލުމަށް ދައުލަތަށް ލިބިގެންވާ ބާރު ބޭނުންކުރުމަށްޓަކައި ކަށަވަރުކުރަންޖެހޭ މިންގަނޑެކެވެ. ގާނޫނު ހިންގުމުގެ ބާރު ދައުލަތަށް އޮތްތޯ ބެލުމަށް ބޭނުންކުރެވޭ މިންގަނޑުތަކާ އަޅާކިޔައި، ދައުވާ ރައްދުވާ ފަރާތުގެ ކުށުގެ ނިސްބަތް ސާބިތުކޮށްދިނުމަކީ ދައުވާކުރާ ފަރާތުން ކުރަންޖެހޭ ކަމެއް ނޫނެވެ.
(ނ) ލިބިގެންވާ ބާރު
ކޯޓުގެ ހުރުމަތަށް އުނިކަން އައުމުން އެކަމަށް ކޯޓުން އަދަބު ކަނޑައެޅުމަށް ކޯޓަށް ލިބިގެންވާ ބާރަށާއި، ކޯޓުގެ އަމުރެއް ނުވަތަ މަދަނީ ހުކުމެއް ގާނޫނު ހުއްދަކުރާ ގޮތެއްގެމަތިން ތަންފީޒުކުރުމަށް ކޯޓަށް ލިބިގެންވާ ބާރަކަށް، މި މާއްދާގެ ސަބަބުން އެއްވެސް އަސަރެއް ނުފޯރާނެއެވެ.
(ރ) ދައުވާ ރައްދުވާ ފަރާތް އެހެން ގައުމަކަށް ދައުލަތުން ފޮނުވައިދިނުމަށް އެދުން
ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަގްވާމީ މުއާހަދާއެއްގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ދައުވާ ރައްދުވާ މީހާ، އެހެން ގައުމަކަށް ދައުލަތުން ފޮނުވައިނުދިނުން އެއީ، ދައުވާ ރައްދުވާ މީހާގެ މައްޗަށް ކުރެވޭ ދައުވާގެ ދިފާއުގައި ބޭނުންކުރެވިދާނެ ހަމައެއް ނޫނެވެ.
(ބ) މާނަކުރުން
- "ދިވެހިރާއްޖެ" ކަމަށް ބުނެފައި އެވަނީ ދިވެހިސަރުކާރުގެ ބާރު ހިނގާ ބިމާއި، ކަނޑާއި، އެ ބިމާއި ކަނޑުގެ މައްޗަށްވާ ވައިގެ ސަރަހައްދާއި އަދި ބައިނަލްއަގްވާމީ މުއާހަދާތަކުގައާއި، ގާނޫނުގައި ބަޔާންވެގެންވާ އިގްތިސާދީ ސަރަހައްދާއި، ސަރަހައްދީ ކަނޑާއި، މީހުން އުޅޭ ރަށްރަށާއި މީހުން ނޫޅޭ ރަށްރަށެވެ.
- "ދައުލަތް" ކަމަށް ބުނެފައި އެވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި ދައުލަތް ހިންގުމުގެ ބާރުތައް ހިންގާ ފަރާތްތަކަށެވެ.
(ޅ) ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު
ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި ހިމެނޭ ގުދުރަތީ ވަސީލަތްތައް ހޯދައި، ބަލަހައްޓައި، ހިމާޔަތްކޮށް، އެތަކެތީގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށްޓަކައި، ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެމަތިން، ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ޖިނާއީ ގާނޫނު ހިންގުމަށް، ދިވެހިރާއްޖެއަށް ބާރު ލިބިގެންވެއެވެ.
ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ކުރާ ކުށްތަކުގެ ތެރެއިން، ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެމަތިން، މި ގާނޫނު ހިންގުމުގެ ބާރު ދިވެހިރާއްޖެއަށް ލިބިގެންވާ ހާލަތްތަކުގައި، މި މާއްދާގައި "ދިވެހިރާއްޖެ" ކަމަށް ބުނެފައިވާ ބަހުގެ މާނައިގެ ތެރޭގައި ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްބަސްވުންތަކާއި ގާނޫނުތަކުގައި ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުކަމަށް ކަނޑައަޅާފައިވާ ސަރަހައްދު ހިމެނެއެވެ. އަދި އެފަދަ ހާލަތްތަކުގައި ކުރާ ކުށްތަކަށް އަދަބު ކަނޑައެޅުމުގައި ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްބަސްވުންތަކަށް ރިއާޔަތްކުރަންވާނެއެވެ.
މަދަނީ ފަރުވާތައް ދެމެހެއްޓުން
14 ވަނަ މާއްދާ - މަދަނީ ފަރުވާތައް ދެމެހެއްޓުން
މި ގާނޫނުގައި އަދަބު ކަނޑައަޅާފައިވާ އެއްވެސް އަމަލަކާ ގުޅިގެން މަދަނީ ދައުވާއެއްގައި ބަދަލެއް ހޯދުމަށް، ނުވަތަ އަދަބެއް ދިނުމަށް، ނުވަތަ މުދަލެއް ހިފެހެއްޓުމަށް، ނުވަތަ އަނބުރާ ލިބެންޖެހޭ އެއްޗެއް ހޯދުމަށް، ނުވަތަ ގާނޫނު ހުއްދަކުރާ ގޮތެއްގެމަތިން އެނޫންވެސް ކަމެއް ތަންފީޒުކުރުމަށް އޮތް ހައްގަކަށް ނުވަތަ އިލްތިޒާމަކަށް، މި ގާނޫނުން ހުރަހެއްނާޅައެވެ. ނުވަތަ އުނިކަމެއް ނުގެނެއެވެ. އަދި މި ގާނޫނުގައި ކުށް ކަނޑައެޅުމުގައި، ކުށުގެ މަދަނީ ގެއްލުމުގެ ބައިތައް ހިމެނިގެނެއްނުވެއެވެ.
ހެކި ސާބިތުކޮށްދިނުމުގެ ޒިންމާ؛
އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު ގަބޫލުކުރެވޭނެ ކަންކަން
15 ވަނަ މާއްދާ - ހެކި ސާބިތުކޮށްދިނުމުގެ ޒިންމާ؛ އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު ގަބޫލުކުރެވޭނެ ކަންކަން
(ހ) ކުށެއް ނުކުރާކަމަށް ގަބޫލު ކުރުން
އެކަށީގެންވާ މިންވަރެއްގެ ށައްކެއްނެތި ކުށުގެ ކޮންމެ ރުކުނެއް ސާބިތުކުރެވިގެން މެނުވީ އެއްވެސް މީހެއްގެ މައްޗަށް ކުށެއް ސާބިތުކުރެވިގެންވާކަމަށް ނުބެލެވޭނެއެވެ. އެ މިންވަރަށް ހެކި ލިބެން ނެތް ހާލަތްތަކުގައި، ދައުވާ ރައްދުވާ މީހާއަކީ ކުށެއް ނުކުރާ މީހެއްކަމުގައި ބެލެވޭނެއެވެ.
(ށ) ސާބިތުކޮށްދިނުމުގެ ޒިންމާ
- ކަމެއް ސާބިތުކޮށްދިނުމުގެ ޒިންމާ އޮތް މީހަކަށް އެ ޒިންމާ އަދާނުކުރެވިއްޖެ ހިނދެއްގައި، އެ ކަމެއް ކަނޑައެޅިގެންދާނީ، އެ މީހަކާ ދެކޮޅަށެވެ.
- ދައުވާކުރާ ފަރާތުގެ މައްޗަށް އޮތް ޒިންމާ މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، އަންނަނިވި ކަންކަން ކުރުމުގެ ޒިންމާ، ދައުވާކުރާ ފަރާތުން އުފުލަންވާނެއެވެ:
- އެކަށީގެންވާ މިންވަރެއްގެ ށައްކެއްނެތް މިންވަރަށް ކުށުގެ އެންމެހައި ރުކުންތަކެއް ސާބިތުކޮށްދިނުން؛
- އެކަށީގެންވާ މިންވަރެއްގެ ށައްކެއް ނުކުރެވޭނެ މިންވަރަށް، އިސްތިސްނާގެ އެންމެހައި ހާލަތްތަކާއި، އާންމު ނޫން އެންމެހައި ދިފާއުތަކާއި، އަދި ކުށެއްކަމުގައި އެ އަމަލު ނުބެލުމަށް ހުރި އެންމެހައި ހާލަތްތައް ދައުވާ އުފުލިފައިވާ ކުށުގެ މައްޗަށް ނުހިނގާކަން ސާބިތުކޮށްދިނުން؛ އަދި
- ދައުވާ ރައްދުވާ ފަރާތުގެ މައްޗަށް އުފުލިފައިވާ ދައުވާގައި، ކުށުގެ ޒިންމާ އެފަރާތުން އުފުލަންޖެހޭކަން ސާބިތުކޮށްދިނުމަށް ބޭނުންވާ އެހެން ހުރިހާ ހެއްކަކާއި ކަންކަމެއް ލިބިހުރި އެންމެހައި ހެއްކެއްގެ ބުރަދަނަށް ބަލައި ސާބިތުކޮށްދިނުން.
-
ދައުވާ ރައްދުވާ ފަރާތުގެ މައްޗަށް އޮތް ޒިންމާ
މި ގާނޫނުގައި އެހެން ގޮތަކަށް ކަނޑައެޅިގެން ބަޔާންކޮށްފައި ނުވާހާހިނދަކު، ހުށަހެޅެން އޮތް އާންމު ކޮންމެ ދިފާއެއްގައި ހިމެނިގެންވާ ކޮންމެ ރުކުނެއް ލިބިހުރި އެންމެހައި ހެއްކެއްގެ ބުރަދަނަށް ބަލައި ސާބިތުކޮށްދިނުމަކީ، ދައުވާ ރައްދުވާ ފަރާތުގެ ޒިންމާއެކެވެ.
(ނ) އެހެންގޮތަކަށް ސާބިތުނުވާހާހިނދަކު ގަބޫލުކުރެވޭނެ ކަންކަން
އެހެންގޮތަކަށް ސާބިތުކޮށް ނުދެވޭހާހިނދަކު، މި ގާނޫނުން ވަކިކަމެއް ވަކި ގޮތަކަށް ގަބޫލުކުރާނެ ކަމަށް ބަޔާންކުރާ ހާލަތްތަކުގައި، އެ ކަމެއްގައި ހިމެނިގެންވާ ނުކުތާތައް ސާބިތުކޮށްދެވުމުން، އެ ދައުވާ ސާބިތުކޮށްދެވުނީ ކަމަށް ކޯޓުން ގަބޫލުކުރަންވާނެއެވެ. އެއީ، އެކަމުގެ އަސަރު ފޯރާނެ ހަސްމަށް ލިބިފައިވާ ހުރިހާ ހެއްކެއްގެ ބުރަދަނަށް ބަލައި އެހެން ގޮތަކަށް އެކަން ސާބިތުކޮށްނުދޭހާ ހިނދަކުއެވެ.
(ރ) މާނަކުރުން
"އާންމު ދިފާއު" ކަމަށް ބުނެފައި އެވަނީ މި ގާނޫނުގެ 40 ވަނަ ބާބާއި، 50 ވަނަ ބާބާއި، 60 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ކޮންމެ ދިފާއަކަށެވެ.
ފައިސާގެ އަދަދުތައް ރައްޔިތުންގެ މަޖިލީހުން މުރާޖައާކުރުމުގެ ވާޖިބު
16 ވަނަ މާއްދާ - ފައިސާގެ އަދަދުތައް ރައްޔިތުންގެ މަޖިލީހުން މުރާޖައާކުރުމުގެ ވާޖިބު
(ހ) މުދަލާއި ހިދުމަތުގެ އަގަށް އަންނަ ބަދަލާ ގުޅިގެން، މި ގާނޫނުގައި ބަޔާންކޮށްފައިވާ ފައިސާގެ އަދަދުތަކަށް ބަދަލު ގެންނަންޖެހޭތޯ ކަނޑައެޅުމަށްޓަކައި މަދުވެގެން ކޮންމެ 4 އަހަރަކުން އެއްފަހަރު ރައްޔިތުންގެ މަޖިލީހުން އެ އަދަދުތައް މުރާޖައާކޮށް ގެންނަންޖެހޭ ބަދަލުތައް ގެންނަންވާނެއެވެ.
(ށ) ރައްޔިތުންގެ މަޖިލީހުން ބަދަލުނުކުރާހާހިނދަކު، މި ގާނޫނުގައި ބަޔާންވެގެންވާ ފައިސާގެ އަދަދުތައް އެގޮތުގައި ދެމިއޮންނާނެއެވެ.
މާނަކުރުން
17 ވަނަ މާއްދާ - މާނަކުރުން
އިބާރާތެއް ބޭނުންކުރެވިފައިވާ ގޮތުން ތަފާތުކޮށް މާނަކުރުމަށް ކަނޑައެޅިގެން ބޭނުންނުވާހާހިނދަކު:
- "ބައިވެރިން" އަށް ދީފައިވަނީ މި ގާނޫނުގެ 30 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
- "ބަރީއަކުރުން" ކަމަށް ބުނެފައި އެވަނީ އުފުލޭ ދައުވާއެއްގެ ނަތީޖާގެ ގޮތުން ކުށެއް ނެތްކަމުގެ ހުކުމް ނުވަތަ ކުށުން ކުށްވެރި ނުވާކަމުގެ ހުކުމް ނުވަތަ ކުށެއް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ހެކި ނެތްކަމުގެ ހުކުމެއް އައުމަށެވެ.
- "ކުށެއްކުރަން އުޅުން" އަށް ދީފައިވަނީ މި ގާނޫނުގެ 80 ވަނަ މާއްދާގެ (ހ) ގައި ދީފައިވާ މާނަކުރުމެވެ.
- "އޮޓަމެޓިކް ބަޑި" އަށް ދީފައިވަނީ މި ގާނޫނުގެ 710 ވަނަ މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- އޮޓަމެޓިކް ލޯޑިންގް" އަށް ދީފައިވަނީ މި ގާނޫނުގެ 710 ވަނަ މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "މަންފާ" އަށް ދީފައިވަނީ މި ގާނޫނުގެ 315 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
- "ހަށިގަނޑަށް ލިބޭ އަނިޔާ" ކަމަށް ބުނެފައި އެވަނީ ހަށިގަނޑަށް ލިބޭ ވޭނާއި، ހަށިގަނޑަށް ޖެހޭ ބައްޔާއި، ހަށިގަނޑުގެ މާއްދީ އެއްވެސް ބަޔަކަށް ލިބޭ އުނިކަމަކަށެވެ.
- "ފަނާކުރުން" އަށް ދީފައިވަނީ މި ގާނޫނުގެ 222 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
- "ފަނާކުރަނިވި މާއްދާ" އަށް ދީފައިވަނީ މި ގާނޫނުގެ 121 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ހާލަތުގެ ރުކުން" އަށް ދީފައިވަނީ މި ގާނޫނުގެ 21 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ސާފު އަދި ގަބޫލުކުރެވޭފަދަ ހެކި" ކަމަށްބުނެފައި އެވަނީ ލިބިފައިވާ ހެކި އަޅާކިޔާއިރު ކުށެއް ސާބިތުވީކަމަށް ބެލެވޭ މިންގަނޑަށް ވުރެ މަތީ ދަރަޖައެއްގެ، އެހެންނަމަވެސް އެކަށީގެންވާ ށައްކެއް އުފެދޭނެ ތަނެއް ނެތް މިންވަރަށް ހެކި ލިބުމުގެ މިންގަނޑަށްވުރެ ދަށް މިންގަނޑެއްގެ ހެއްކަށެވެ.
- "ތިމާގެ މީހުން" އަށް ދީފައިވަނީ މި ގާނޫނުގެ 413 ވަނަ މާއްދާގެ (ރ) ގައި ދީފައިވާ މާނަކުރުމެވެ.
- "ދެކެވޭ ވާހަކަ" އަށް ދީފައިވަނީ މި ގާނޫނުގެ 231 ވަނަ މާއްދާގެ (ރ) ގައި ދީފައިވާ މާނަކުރުމެވެ.
- "ކުށްކުރި މީހާގެ އަމަލުގެ ރުކުން" އަށް ދީފައިވަނީ މި ގާނޫނުގެ 21 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ރުހުން" އަށް ދީފައިވަނީ މި ގާނޫނުގެ 27 ވަނަ މާއްދާގައި ދީފައިވާ މާނަކުރުމެވެ.
- "ނަތީޖާ" އަށް ދީފައިވަނީ މި ގާނޫނުގެ 32 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
- "ކުށެއް ސާބިތުވުން" ކަމަށް ބުނެފައި އެވަނީ އުފުލޭ ދައުވާއެއްގައި ކުރާ ހުކުމެއްގައި ކުށަކުން ކުށްވެރިވާ ކަމަށް ކަނޑައެޅުމަށެވެ. އަދި އެ ހުކުމް އެއްވެސް ގޮތަކުން ބަދަލުވެފައި ނުވުމަށާއި، ދޫކޮށްލާފައި ނުވުމަށެވެ. ނުވަތަ މީހަކު ކުށެއް ކުރިކަމަށް އެއްބަސްވާ އެއްބަސްވުން ކޯޓުން ގަބޫލުކުރާ ގަބޫލުކުރުމަށެވެ.
- "އޭޖެންޓް" އަށް ދީފައިވަނީ މި ގާނޫނުގެ 70 ވަނަ މާއްދާގެ (ނ) ގެ (4) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ކުންފުނި" އަށް ދީފައިވަނީ މި ގާނޫނުގެ 70 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "މީހުން ބަންދުކުރާ މަރުކަޒެއްގެ މުވައްޒަފު" އަށް ދީފައިވަނީ މި ގާނޫނުގެ 538 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
- "މީހުން ބަންދުކުރާ މަރުކަޒު" އަށް ދީފައިވަނީ މި ގާނޫނުގެ 537 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ކުށްކުރާ ޖަމާއަތް" އަށް ދީފައިވަނީ މި ގާނޫނުގެ 720 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ބަންދުގައި މީހުން ބައިތިއްބާ ތަނެއް ބަލަހައްޓާ މުވައްޒަފު" އަށް ދީފައިވަނީ މި ގާނޫނުގެ 532 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
- "ނުރައްކާތެރި ހަތިޔާރު" އަށް ދީފައިވަނީ މި ގާނޫނުގެ 120 ވަނަ މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.\
- "މަކަރާއި ހީލަތް" އަށް ދީފައިވަނީ މި ގާނޫނުގެ 212 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ބޭނުންވާ މިންވަރަށްވުރެ އިތުރަށް ބާރުގެ ބޭނުން ކުރެވިއްޖެ ކަމުގައި ބެލުން" އަށް ދީފައިވަނީ މި ގާނޫނުގެ 45 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ބާރުގެ ބޭނުންކޮށްފާނެކަމުގެ ނުފޫޒު" އަށް ދީފައިވަނީ މި ގާނޫނުގެ 55 ވަނަ މާއްދާގައި ދީފައިވާ މާނަކުރުމެވެ.
- "ދިރިއުޅޭ ތަން" އަށް ދީފައިވަނީ މި ގާނޫނުގެ 230 ވަނަ މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ރުކުންތައް" އަށް ދީފައިވަނީ މި ގާނޫނުގެ 21 ވަނަ މާއްދާގެ (ހ) ގައި ދީފައިވާ މާނަކުރުމެވެ.
- "ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު" އަށް ދީފައިވަނީ މި ގާނޫނުގެ 614 ވަނަ މާއްދާގެ (ނ) ގައި ދީފައިވާ މާނަކުރުމެވެ.
- "މައާފު ލިބެނިވި ދިފާއު" އަށާއި "މައާފު" އަށް ދީފައިވަނީ މި ގާނޫނުގެ 50 ވަނަ މާއްދާގެ (ހ) ގައި ދީފައިވާ މާނަކުރުމެވެ.
- "ގޮވާ ތަކެތި" އަށް ދީފައިވަނީ މި ގާނޫނުގެ 121 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ޒިންމާ އުފުލުމުގެ މަސްލަހަތު" އަށް ދީފައިވަނީ މި ގާނޫނުގެ 215 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "މާލީ އިދާރާ" އަށް ދީފައިވަނީ މި ގާނޫނުގެ 215 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "މާލީ ލިޔުމެއް" އަށް ދީފައިވަނީ މި ގާނޫނުގެ 212 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "މާލީ ހިދުމަތްތެރިއެއް" އަށް ދީފައިވަނީ މި ގާނޫނުގެ 215 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "މާލީ މުއާމަލާތް" އަށް ދީފައިވަނީ މި ގާނޫނުގެ 721 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ބަޑި" އަށް ދީފައިވަނީ މި ގާނޫނުގެ 710 ވަނަ މާއްދާގެ (ރ) ގެ (4) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ބާރު" ކަމަށް ބުނެފައި އެވަނީ ތިމާއަށް އެހެން ތަނަކަށް ނުދެވޭނެ ގޮތަށް ހިފެހެއްޓުމަށާއި، ބަންދުކުރުން ހިމެނޭ ގޮތަށް ތިމާގެ ހަށިގަނޑަށް ގެއްލުމެއް ލިބިދާފަދަ ގޮތަކަށް މާއްދީ ގޮތުން ބާރުގެ ބޭނުންކުރުމަށާއި، އެ ބާރުގެ ބޭނުންކޮށްފާނެކަމުގެ ބިރުދެއްކުމަށާއި އަނިޔާކޮށްފާނެކަމުގެ ބިރުދެއްކުމަށާއި އަދި ބަންދުކޮށްފައި ބެހެއްޓުން ހިމެނޭ ގޮތަށް ނުވަތަ ތިމާއަށް އެހެން ތަނަކަށް ނުދެވޭނެ ގޮތަށް ހިފެހެއްޓުން ހިމެނޭގޮތަށް ހަށިގަނޑަށް އަނިޔާ ލިބިދީފާނެކަމުގެ ބިރު އިހުސާސް ކުރުވުމަށެވެ.
- "ހިނގާބިނގާވެ އުޅުމުގެ މިނިވަންކަން" އަށް ދީފައިވަނީ މި ގާނޫނުގެ 140 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ދައުލަތުގެ މުވައްޒަފު" އަށް ދީފައިވަނީ މި ގާނޫނުގެ 533 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
- "އާންމު ދިފާއު" އަށް ދީފައިވަނީ މި ގާނޫނުގެ 15 ވަނަ މާއްދާގެ (ރ) ގައި ދީފައިވާ މާނަކުރުމެވެ.
- ފިރިހެން ނަމުގެ ގޮތުގައި ބޭނުންކޮށްފައިވާ ނަން އަންހެން ނަމުގެ ގޮތުގައި، އަދި އަންހެން ނަމުގެ ގޮތުގައި ބޭނުންކޮށްފައިވާ ނަން ފިރިހެން ނަމުގެ ގޮތުގައި ބޭނުންކުރެވޭނެއެވެ.
- "އިސް ހިންގުންތެރިޔާ" އަށް ދީފައިވަނީ މި ގާނޫނުގެ 70 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "މަތީ ދަރަޖައަކަށް ރައްކާތެރިކުރެވިފައިވާ މައުލޫމާތު" އަށް ދީފައިވަނީ މި ގާނޫނުގެ 232 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "މަތީ ދަރަޖައަކަށް ސަލާމަތީ ފިޔަވަޅު އެޅިފައިވާ ތަން" އަށް ދީފައިވަނީ މި ގާނޫނުގެ 230 ވަނަ މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ގެ" އަށް ދީފައިވަނީ މި ގާނޫނުގެ 120 ވަނަ މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ގޭގައި ބަންދުކުރުން" ކަމަށް ބުނެފައި އެވަނީ ދިރިއުޅޭ ހިޔާވައްސެއްގައި އެތަނެއްގެ ސަރަހައްދުން ބޭރަށް ދިއުން މަނާ ވެގެންވާ ގޮތެއްގައި ކުށްވެރިއަކަށްދޭ އަދަބެއްގެ ގޮތުން ބަންދު ކުރުމެވެ.
- "މުޅިން ފުރިހަމަނުވާ ކުށް" ކަމަށް ބުނެފައި އެވަނީ މި ގާނޫނުގެ 80 ވަނަ މާއްދާއާއި 81 ވަނަ މާއްދާއާއި 82 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ކުށަށެވެ.
- "ގާބިލުކަން ނެތް" އަށް ދީފައިވަނީ މި ގާނޫނުގެ 27 ވަނަ މާއްދާގެ (ރ) ގައި ދީފައިވާ މާނަކުރުމެވެ.
- "މީހުން ދިރިއުޅޭ އިމާރާތް" އަށް ދީފައިވަނީ މި ގާނޫނުގެ 221 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
- "ކުށްކުރުމުގެ އާލާތް" އަށް ދީފައިވަނީ މި ގާނޫނުގެ 87 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
- "މަސްތުވުން" އަށް ދީފައިވަނީ މި ގާނޫނުގެ 31 ވަނަ މާއްދާގެ (ރ) ގައި ދީފައިވާ މާނަކުރުމެވެ.
- "އަމިއްލަ އިހްތިޔާރުގައި ނޫންގޮތަކަށް މަސްތުވުން" އަށް ދީފައިވަނީ މި ގާނޫނުގެ 54 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
- "މަނާކޮށްފައިވާ އެއްޗެއް" އަށް ދީފައިވަނީ މި ގާނޫނުގެ 539 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
- "ހުއްދަކުރެވިގެންވާ ދިފާއު" އަދި "ހުއްދަ ހާލަތު" އަށް ދީފައިވަނީ މި ގާނޫނުގެ 40 ވަނަ މާއްދާގެ (ހ) ގައި ދީފައިވާ މާނަކުރުމެވެ.
- "އެނގިހުރުން" ނުވަތަ "އެނގިހުރެގެން" އަށް ދީފައިވަނީ މި ގާނޫނުގެ 24 ވަނަ މާއްދާގެ (ރ) ގައި ދީފައިވާ މާނަކުރުމެވެ.
- "ޖަލްދުކުރުން" އަށް ދީފައިވަނީ މި ގާނޫނުގެ 411 ވަނަ މާއްދާގެ (ޅ) ގެ (3) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ގާނޫނު ތަންފީޒުކުރާ މުވައްޒަފު" އަށް ދީފައިވަނީ މި ގާނޫނުގެ 521 ވަނަ މާއްދާގެ (ރ) ގައި ދީފައިވާ މާނަކުރުމެވެ.
- "ގާނޫނީ ބަލަދުވެރިޔާ" އަށް ދީފައިވަނީ 44 ވަނަ މާއްދާގެ (ބ) ގައި ދީފައިވާ މާނަކުރުމެވެ.
- "ދިވެހިރާއްޖެ" އަށް ދީފައިވަނީ މި ގާނޫނުގެ 13 ވަނަ މާއްދާގެ (ބ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "މާއްދީ އެހީތެރިކަން" އަށް ދީފައިވަނީ މި ގާނޫނުގެ 720 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ކުލީސިފައިން" އަށް ދީފައިވަނީ މި ގާނޫނުގެ 611 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
- "ކުޑަކުއްޖެއް" ކަމަށް ބުނެފައި އެވަނީ އުމުރުން 18 އަހަރު ނުފުރޭ ކޮންމެ ކުއްޖެކެވެ.
- "ނިސްބަތުން ކުޑަ މިންވަރަކަށް ބައިވެރިވި މީހާ" އަށް ދީފައިވަނީ މި ގާނޫނުގެ 30 ވަނަ މާއްދާގެ (ރ) ގެ (4) ވަނަ ނަންބަރު ގެ (ii) ގައި ދީފައިވާ މާނަކުރުމެވެ.
- "ފައިސާގެ ލިޔުން" އަށް ދީފައިވަނީ މި ގާނޫނުގެ 721 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ވަކި ގޮތަކަށް އަމަލުކުރަން ޖެހޭ ހާލަތްތައް" އަށް ދީފައިވަނީ މި ގާނޫނުގެ 41 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
- "އިހުމާލު" އަށް ދީފައިވަނީ މި ގާނޫނުގެ 24 ވަނަ މާއްދާގެ (ޅ) ގައި ދީފައިވާ މާނަކުރުމެވެ.
- "ދައުވާކުރުމަށް ހުރަހަކަށް ވެދާނެ ދިފާއު" އަށް ދީފައިވަނީ 60 ވަނަ މާއްދާގެ (ހ) ގައި ދީފައިވާ މާނަކުރުމެވެ.
- "މަގްސަދުގެ ރުކުން" އަށް ދީފައިވަނީ މި ގާނޫނުގެ 21 ވަނަ މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރު ގައި ދީފައިވާ މާނަކުރުމެވެ.
- "ހަޑިހުތުރު" އަށް ދީފައިވަނީ މި ގާނޫނުގެ 622 ވަނަ މާއްދާގެ (ރ) ގައި ދީފައިވާ މާނަކުރުމެވެ.
- "ކުށްކުރި މީހާ" ކަމުގައި ބުނެފައި އެވަނީ ކުށެއް ސާބިތުވެފައިވާ ކޮންމެ މީހަކަށެވެ.
- "ރަސްމީ ހައިސިއްޔަތު" އަށް ދީފައިވަނީ މި ގާނޫނުގެ 510 ވަނަ މާއްދާގެ (ނ) ގައި ދީފައިވާ މާނަކުރުމެވެ.
- "ރަސްމީ އިދާރާ" އަށް ދީފައިވަނީ މި ގާނޫނުގެ 520 ވަނަ މާއްދާގެ (ޅ) ގައި ދީފައިވާ މާނަކުރުމެވެ.
- "އިންތިޒާމުކުރި މީހާ" އަދި "އިސްކޮށް ހަރަކާތްތެރިވި މީހާ" އަށް ދީފައިވަނީ މި ގާނޫނުގެ 30 ވަނަ މާއްދާގެ (ރ) ގެ (4) ވަނަ ނަންބަރު ގެ (i) ގައި ދީފައިވާ މާނަކުރުމެވެ.
- "ވެރިފަރާތް" އަށް ދީފައިވަނީ މި ގާނޫނުގެ 216 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
- "ޖިނާއީ ބަންދު" އަށް ދީފައިވަނީ މި ގާނޫނުގެ 537 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "މީހާ" ކަމަށް ބުނެފައި އެވަނީ ފުރާނަ އެޅިގެންވާ ހާލު އުފަންވާ އިންސާނާއާއި އާންމުކޮށް ހިއްސާ ވިއްކާ ކުންފުނިތަކާއި އާންމުކޮށް ހިއްސާ ނުވިއްކާ ކުންފުނިތަކާއި ސަރުކާރާއި ޕާޓްނަރށިޕްތަކާއި އަދި ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިނުވާ ޖަމާއަތްތަކަށެވެ.
- "އަންހެނާގެ އިއްދަ" އަށް ދީފައިވަނީ މި ގާނޫނުގެ 410 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ
- "ލިބިފައިވާ ހުރިހާ ހެއްކެއްގެ ބުރަދަނަށް ބަލައި ސާބިތުކޮށްދިނުން" ކަމަށް ބުނެފައި އެވަނީ ސާފު އަދި ގަބޫލުކުރެވޭ ހެކީގެ މިންގަނޑަށް ވުރެ ދަށު މިންގަނޑެއްގައިވާ ހެއްކެއް އަދި އެ މިންގަނޑުން ކޮށްދޭ ކަމަކީ ލިބިފައިވާ ހެއްކަށް ބަލާއިރު ސާބިތުކުރަން ބޭނުންވާ ކަންތައް އެއީ ދޮގަކަށް ވުމަށްވުރެ ތެދަކަށްވުން ގާތް ކަމަށް ދައްކައިދިނުމެވެ.
- "މީހެއްގެ އަމިއްލަ މައުލޫމާތު" އަށް ދީފައިވަނީ މި ގާނޫނުގެ 232 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "މުދާ" ކަމަށް ބުނެފައި އެވަނީ އުފުލޭ މުދަލާއި ނުއުފުލޭ މުދަލާއި މާއްދީ މުދަލާއި މާއްދީނޫން މުދާ ހިމެނޭ ގޮތުން އެއްވެސް އަގެއް ހުރި ކޮންމެ އެއްޗަކަށެވެ. އަދި އޭގެ ތެރޭގައި ހިމެނޭ މުދަލާއި ހިދުމަތާއި އެކިއެކި މުދަލުގެ މައްޗަށް އުފެދޭ ހައްގާއި މުދަލުގެ މައްޗަށް އުފެދޭ ބާރާއި ކޮންޓްރެކްޓެއްގެ ދަށުން ލިބިދޭ ބާރާއި ހައްގާއި މުއާސަލާތަށް ނުވަތަ ވަސީލަތްތަކަށް ނުވަތަ މައުލޫމާތަށް ނުވަތަ އެކިއެކި ހިދުމަތްތައް ހޯދުމަށް އޮތް ހައްގާއި ހިފާފައިވާ ނުވަތަ އޮޅުކޮށްފައިވާ ޖަނަވާރާއި މުދަލެއްގައި އޮތް ހައްގު އަންގައިދޭ ރަސްމީ ލިޔުންތަކަށެވެ. އޭގެ ތެރޭގައި ޓިކެޓާއި، ގޯތީގެ ލިޔުންތަކާއި، އެކިއެކި މިލްކުވެރިކަމުގެ ލިޔުންތަކާއި، ހުއްދަތައް ހިމެނެއެވެ.
- "އަނެކާގެ މުދާ" އަށް ދީފައިވަނީ މި ގާނޫނުގެ 211 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
- "މަގްސަދު" އަށް ދީފައިވަނީ މި ގާނޫނުގެ 24 ވަނަ މާއްދާގެ (ނ) ގައި ދީފައިވާ މާނަކުރުމެވެ.
- "ޕިރަމިޑް ސޭލްސް ސްކީމް" އަށް ދީފައިވަނީ މި ގާނޫނުގެ 319 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
- "ށައްކެއް ނުކުރެވޭނެ މިންވަރަށް ކުށް ސާބިތުވުން" ކަމަށް ބުނެފައި އެވަނީ ހެކީގެ މިންގަނޑުތަކުގެ އެންމެ މަތީ ދަރަޖައިގެ ހެކިބަހުން ސާބިތުވާ ސާބިތުވުމަށެވެ. އަދި އެ މިންގަނޑުން ކޮށްދޭ ކަމަކީ ސާބިތުކުރުމަށް ބޭނުންވާކަމުގެ ތެދުކަމާމެދު އެކަށީގެން ނުވާ ގޮތުގައި އެއްވެސް ށައްކެއް އުފެދޭނެ ފުރުސަތެއް ނުދިނުމެވެ.
- "ފަރުވާކުޑަކުރުން" ނުވަތަ "ފަރުވާކުޑަ އަމަލު" ނުވަތަ "ފަރުވާލެއް ނެތުން" އަށް ދީފައިވަނީ މި ގާނޫނުގެ 24 ވަނަ މާއްދާގެ (ބ) ގައި ދީފައިވާ މާނަކުރުމެވެ.
- "ހިފެހެއްޓުން" އަށް ދީފައިވަނީ މި ގާނޫނުގެ 140 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ނަތީޖާގެ ރުކުން" އަށް ދީފައިވަނީ މި ގާނޫނުގެ 21 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ސެމީއޮޓޮމެޓިކް ބަޑި" އަށް ދީފައިވަނީ މި ގާނޫނުގެ 710 ވަނަ މާއްދާގެ (ރ) ގެ (5) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ހަށިގަނޑަށް ލިބޭ ބޮޑެތި އަނިޔާ" ކަމަށް ބުނެފައި އެވަނީ މަރުވުން ނުވަތަ މަރުވެދާނެކަމުގެ ބިރު އުފެދުން ނުވަތަ ތިމާގެ ހަށިގަނޑުގެ ބަޔަކަށް ނުވަތަ ގުނަވަނަކަށް އުނިކަމެއް ނުވަތަ ގެއްލުމެއް ނުވަތަ އައިބުކަމެއް ދާއިމީ ގޮތުގައި ލިބިދީފާނެ ބޮޑެތިއަނިޔާއަށެވެ.
- "ހިދުމަތް" އަށް ދީފައިވަނީ މި ގާނޫނުގެ 214 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
- "ޖިންސީ އަމަލު" އަށް ދީފައިވަނީ މި ގާނޫނުގެ 131 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
- "ޒިނޭކުރުން" އަށް ދީފައިވަނީ މި ގާނޫނުގެ 130 ވަނަ މާއްދާގެ (ނ) ގައި ދީފައިވާ މާނަކުރުމެވެ.
- "ދައުލަތް" އަށް ދީފައިވަނީ މި ގާނޫނުގެ 13 ވަނަ މާއްދާގެ (ބ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "އެއްޗެހި ރައްކާކުރާ ތަން" އަށް ދީފައިވަނީ މި ގާނޫނުގެ 230 ވަނަ މާއްދާގެ (ރ) ގެ (3) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ކުށުގެ ޒިންމާ އުފުލުމަށް ކުށުގެ އަމަލު އެކަނި ފުދުން" ކަމަށް ބުނެފައި އެވަނީ މި ގާނޫނުގެ 24 ވަނަ މާއްދާގެ (ވ) ގައި ދީފައިވާ މާނަކުރުމެވެ.
- "އެކަށީގެންވާ ފިޔަވަޅު" ކަމަށް ބުނެފައި އެވަނީ މި ގާނޫނުގެ 80 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ
- "މާއްދީ ކުށް" ކަމަށް ބުނެފައި އެވަނީ މި ގާނޫނުގެ 80 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ފުރިހަމަނުވާ ކުށެއްގެ ތެރޭގައި ނުހިމެނޭ ކޮންމެ ކުށަކަށެވެ.
- "އަމިއްލައަށް މަރުވުން" އަށް ދީފައިވަނީ މި ގާނޫނުގެ 113 ވަނަ މާއްދާގެ (ނ) ގައި ދީފައިވާ މާނަކުރުމެވެ.
- "ބެހުން" އަށް ދީފައިވަނީ މި ގާނޫނުގެ 220 ވަނަ މާއްދާގެ (ބ) ގައި ދީފައިވާ މާނަކުރުމެވެ.
- "ވަގުތީ ބޭނުން" އަށް ދީފައިވަނީ މި ގާނޫނުގެ 217 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
- "ކުންފުނީގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިނުވާ ޖަމާއަތް" އަށް ދީފައިވަނީ މި ގާނޫނުގެ 70 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ބާރުގެ ބޭނުންކުރުން ހުއްދަވެގެންނުވާ" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 45 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ގާނޫނު ހުއްދަ ނުކުރާ ގޮތެއްގެމަތިން އަތުގައި އެއްޗެއް ބެހެއްޓުން" ކަމަށް ބުނެފައި އެވަނީ މި ގާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
- އަގު" އަށް ދީފައިވަނީ މި ގާނޫނުގެ 210 ވަނަ މާއްދާގެ (ރ) ގައި ދީފައިވާ މާނަކުރުމެވެ.
- "އަނިޔާވެރި ކުށް" އަށް ދީފައިވަނީ މި ގާނޫނުގެ 110 ވަނަ މާއްދާގެ (ބ) ގައި ދީފައިވާ މާނަކުރުމެވެ.
- "މުހިންމު އާންމު ތަންތަން" އަށް ދީފައިވަނީ މި ގާނޫނުގެ 221 ވަނަ މާއްދާގެ (ރ) ގައި ދީފައިވާ މާނަކުރުމެވެ.
- "އަމިއްލަ އިހްތިޔާރުގައި މަސްތުވުން" ކަމަށް ބުނެފައި އެވަނީ މި ގާނޫނުގެ 31 ވަނަ މާއްދާގެ (ނ) ގައި ދީފައިވާ މާނަކުރުމެވެ.
- "ލިޔުން" އަށް ދީފައިވަނީ މި ގާނޫނުގެ 310 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
އުވާލެވޭ ގާނޫނު
18 ވަނަ މާއްދާ - އުވާލެވޭ ގާނޫނު
(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމުން، ގާނޫނު ނަންބަރު 1981-01 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު (ޕީނަލްކޯޑު) ޗެޕްޓަރ 1) އާއި، ގާނޫނު ނަންބަރު 21981-01 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު ޗެޕްޓަރ 2) އާއި، ގާނޫނު ނަންބަރު 1966-01 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު ޗެޕްޓަރ 3) އާއި، ގާނޫނު ނަންބަރު 1968-10 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު ޗެޕްޓަރ 4) އުވުނީއެވެ.
(ށ) މި މާއްދާގެ (ހ) ގައި އުވުނީކަމުގައި ކަނޑައަޅާފައިވާ ގާނޫނުގެ ބައިތަކުގެ އިތުރުންވެސް، މި ގާނޫނަށް އަމަލުކުރަން ފަށާއިރު، މި ގާނޫނުގައި ކަނޑައެޅިފައިވާ ކުށަކާއި އެކުށަކާ ގުޅުންހުރި އުސޫލަކާއި، އެހެން ގާނޫނެއްގައި ނުވަތަ ގާނޫނުގެ ބައެއްގައި ކަނޑައެޅިފައިވާ ކުށަކާއި ނުވަތަ އެކުށަކާ ގުޅުންހުރި އުސޫލަކާ އެއްވެސް ފުށުއެރުމެއްވާނަމަ، އެ ހާލަތުގައި އިސްކަންދޭނީ މި ގާނޫނަށެވެ.
(ނ) ޖިނާއީ ކުށްތައް ކަނޑައެޅިފައިވާ މި ގާނޫނު ފިޔަވައި އެހެނިހެން ގާނޫނުތަކާއި ގާނޫނުތަކުގެ ބައިތަކުގެ ތެރެއިން، މި ގާނޫނާއި ތައާރުޒުވާ ގާނޫނުތަކާއި ގާނޫނުތަކުގެ ބައިތަކުގެ ތެރެއިން އުވާލަންޖެހޭ ނުވަތަ އިސްލާހުކުރަންޖެހޭ ގާނޫނުތަކާއި ގާނޫނުތަކުގެ ބައިތައް ފާހަގަކޮށް އެފަދަ ގާނޫނުތަކާއި ގާނޫނުތަކުގެ ބައިތަކުގެ ލިސްޓެއް ސަރުކާރުން އެކުލަވާލައި، މި ގާނޫނަށް އަމަލުކުރަން ފަށާނެކަމަށް މި ގާނޫނުގެ 10 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ތާރީހުގެ 6 މަސްދުވަހުގެ ކުރިން، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެފަދަ ގާނޫނުތަކާއި ގާނޫނުތަކުގެ ބައިތަކާމެދު އަމަލުކުރާނެ ގޮތެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރަންވާނެއެވެ.
20 ވަނަ ބާބު
ކުށުގެ ޒިންމާއުފުލުމުގެ އަސާސީ މިންގަނޑުތަކާއި ކުށުގެ ޒިންމާ އަދި ކުށުން
ކުރިމަތިވާ ގެއްލުމުގެ ޒިންމާއުފުލުމާ ގުޅޭ ދިފާއުތައް
20 ވަނަ މާއްދާ - ކުށުގެ ޒިންމާއުފުލުމުގެ އަސާސް
21 ވަނަ މާއްދާ - ކުށުގެ ރުކުންތައް ކަނޑައެޅުން
22 ވަނަ މާއްދާ - އަމަލާއި އެ އަމަލުގެ ނަތީޖާއާ ދެމެދު ގުޅުން ހުރުން
23 ވަނަ މާއްދާ - އަމަލެއް ކުރުމުން އުފެދޭ ޒިންމާ؛ އަތުގެ ވެރިކަމުން އުފެދޭ ޒިންމާ؛ ކަމެއް ނުކޮށް ދޫކޮށްލުމުން އުފެދޭ ޒިންމާ
24 ވަނަ މާއްދާ - ކުށުގެ ނިޔަތާ ގުޅޭ ރުކުންތައް
25 ވަނަ މާއްދާ - ނޭނގުމެއްގައި ނުވަތަ އޮޅުމަކުން ކުރާ ކަންތަކުން ކުށުގެ ނިޔަތް ނެތިދިއުން
26 ވަނަ މާއްދާ - ސިކުނޑީގެ ބައްޔެއްގެ ނުވަތަ އުނިކަމެއްގެ ސަބަބުން ކުށުގެ ނިޔަތް ނެތިދިއުން
27 ވަނަ މާއްދާ - ރުހުން
28 ވަނަ މާއްދާ - އާންމު އުސޫލެއްގެ ގޮތުން ދެވޭ ހުއްދަ؛ ރައްޔިތުންގެ މަޖިލީހުން ކުށެއްކަމުގައި ބަލައި މަނާކޮށްފައި ނުވާ އަމަލު
29 ވަނަ މާއްދާ - މާނަކުރުން
ކުށުގެ ޒިންމާއުފުލުމުގެ އަސާސް
20 ވަނަ މާއްދާ - ކުށުގެ ޒިންމާ އުފުލުމުގެ އަސާސް
މި ބާބުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބުނެފައިނުވާހާހިނދަކު، މީހަކު ކުށެއްގެ ޒިންމާއުފުލަންޖެހޭނީ އަންނަނިވި ހާލަތްތަކުގައެވެ:
(ހ) ކުށުގެ ރުކުންތައްކަމުގައި ބަޔާންކޮށްފައިވާ ހުރިހާ ރުކުނެއް އޭނާގެ އަމަލުން ފުރިހަމަވާ ކަންކަން، ނުވަތަ އެ ރުކުންތައް ކަނޑައެޅިގެން ފުރިހަމަނުވިނަމަވެސް، އެ ފުރިހަމަނުވާ އެންމެހައި ރުކުންތައް، މި ގާނޫނުގެ 30 ވަނަ ބާބުގެ މާއްދާއަކުން އޭނާއަށް ނިސްބަތްކުރެވިގެންވާ ކަންކަން؛ އަދި
(ށ) ކުށުގެ ޒިންމާއުފުލުމުން ބަރީއަވެވޭނެ ކަމަށް ބަޔާންކޮށްފައިވާ އިސްތިސްނާ ކަންކަމަށް، ކުށުގެ އަމަލު ފެތުމުގައި ފުރިހަމަވާން ޖެހޭ ށަރުތުތައް ފުރިހަމަނުވުން؛ އަދި
(ނ) މި ގާނޫނުގެ ފުރަތަމަ ބައިގައި ކުށެއްގެ ދިފާއުކަމަށް ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކަމަކަށް، ކުށުގެ އަމަލު ފެތުމުގައި ފުރިހަމަވާންޖެހޭ ށަރުތުތައް ފުރިހަމަނުވުން.
ކުށުގެ ރުކުންތައް ކަނޑައެޅުން
21 ވަނަ މާއްދާ - ކުށުގެ ރުކުންތައް
(ހ) ކުށެއްގެ ރުކުންތައް ކަމަށް ބުނެފައި އެވަނީ އަންނަނިވި ރުކުންތަކަށެވެ:
- އެ ކުށް ކުރުމުގެ މަގްސަދާ ގުޅޭ ރުކުންތައް ކަމުގައި ބެލެވޭ:
- ކުށްކުރި މީހާގެ އަމަލު؛ ނުވަތަ
- ހާލަތްތައް؛ ނުވަތަ
- އަމަލުން ނުކުތް ނަތީޖާ؛ އަދި
- ކުށް މާނަކުރުމުގައި ނުވަތަ ކުށުގެ ދަރަޖަ ކަނޑައެޅުމާބެހޭ މާއްދާގައި އެކަށައަޅާފައިވާ ގޮތުގެމަތިން، "ކުށުގެ ނިޔަތާ ގުޅޭ ރުކުންތައް" މި ސުރުހީގެ ދަށުގައި، މި ގާނޫނުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ކުށުގެ ނިޔަތާ ގުޅޭ ރުކުންތައް".
(ށ) މާނަކުރުން
- "ކުށްކުރި މީހާގެ އަމަލުގެ ރުކުން" ކަމަށް ބުނެފައި އެވަނީ، ކުށެއް މާނަކުރެވިގެންވާއިރު، އެ ކުށެއް ކުރުމަށްޓަކައި މީހަކު ކުރަންޖެހޭ ނުވަތަ ނުކޮށް ދޫކޮށްލަންޖެހޭ އަމަލާ ބެހޭގޮތުން، އެ ކުށެއް މާނަކުރުމުގައި ހިމެނިގެންވާ ބަޔަކަށެވެ.
- "ހާލަތުގެ ރުކުން" ކަމަށް ބުނެފައި އެވަނީ، ކުށެއް މާނަކުރެވިގެންވާއިރު، އަމަލުގެ ރުކުނަކަށް ނުވާ ގޮތުން ނުވަތަ ނަތީޖާގެ ރުކުނަކަށް ނުވާ ގޮތުން، އެކަމަކު އެ ކުށުގެ މަގްސަދުގެ ރުކުނަކާ ބެހޭ ގޮތުން، އެ ކުށެއް މާނަ ކުރުމުގައި ހިމެނިގެންވާ ބަޔަށެވެ.
- "ނަތީޖާގެ ރުކުން" ކަމަށް ބުނެފައި އެވަނީ، ކުށެއް މާނަކުރެވިގެންވާއިރު، މީހެއްގެ އަމަލުގެ ސަބަބުން ބަދަލުވެގެންދިޔަ ހާލަތާ ބެހޭ ގޮތުން، އެ ކުށެއް މާނަ ކުރުމުގައި ހިމެނިގެންވާ ބަޔަށެވެ.
- ކުށެއްގެ "މަގްސަދުގެ ރުކުން" ތަކުގެ ތެރޭގައި، އެ ކުށް މާނަކުރެވިގެންވާއިރު، އެ މާނަކުރުމުގައި އަމަލުގެ ރުކުނާއި، ހާލަތުގެ ރުކުނާއި، ނަތީޖާގެ ރުކުން ހިމެނެއެވެ. އެހެންނަމަވެސް، މަގްސަދުގެ ރުކުންތަކުގެ ތެރޭގައި، ކުށުގެ ނިޔަތުގެ ރުކުންތަކެއް ނުހިމެނެއެވެ.
އަމަލާއި އެ އަމަލުގެ ނަތީޖާއާ ދެމެދު ގުޅުން ހުރުން
22 ވަނަ މާއްދާ - އަމަލާއި ނަތީޖާއާ ދެމެދު ހުންނަން ޖެހޭ ގުޅުމުގެ މިންގަނޑުތައް
(ހ) މީހެއްގެ އަމަލުން ނުކުތް ނަތީޖާއަކީ، އެ އަމަލުގެ ނަތީޖާ ކަމުގައި ބަލާނީ އަންނަނިވި ހާލަތްތަކުގައެވެ:
- އެ ނަތީޖާއަކީ، މީހަކު ކުރި ވަކި އަމަލަކުން ނޫން ގޮތަކަށް ނުކުންނާނެ ނަތީޖާއަކަށް ނުވުން؛ އަދި
- ދައުވާ ރައްދުވާ މީހާ އުފުލަންޖެހޭ ޒިންމާއަށް، ނުވަތަ އޭނާގެ މައްޗަށް ދައުވާ ކުރެވޭ ކުށުގެ ނިސްބަތަށްބަލާއިރު އެ ނަތީޖާއަކީ އެ އަމަލާ މާބޮޑު ގުޅުމެއްނެތް ނަތީޖާއެއްކަމުގައި ނުވުމާއި، އޭގެ ޒާތުގައި މީހެއްގެ ވަކި އަމަލަކާ ނުލައި ހިނގި ކަމަކަށް ނުވުމާއި، އެހެން މީހެއްގެ އަމިއްލަ އިހްތިޔާރުގައި ކުރާ އަމަލަކާ މާބޮޑު ގުޅުމެއް ނެތް ނަތީޖާއަކަށްވުން.
(ށ) ދެ މީހަކު ކުރާ ވަކި ދެ ކަމަކުން އެއް ނަތީޖާއެއް ނުކުތުން
ދެ މީހަކު ނުވަތަ އެއަށް ވުރެ ގިނަ ބަޔަކު ވަކިވަކިން ކުރާ އަމަލެއްގެ ސަބަބުން ވަކި ނަތީޖާއެއް ނުކުމެއްޖެ ހިނދެއްގައި، އަދި އެއިން އެކަކު ކުރާ އަމަލެއްގެ ސަބަބުންވެސް އެ ނަތީޖާ ނުކުތުމަކީ އެކަށީގެންވާ ކަމެއްކަމުގައި ވާނަމަ، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި އެވާ ހާލަތަށް އެއިން ކޮންމެ މީހެއްގެ އަމަލުވެސް، ފެތޭކަމުގައި ބެލެވޭނެއެވެ.
އަމަލެއް ކުރުމުން އުފެދޭ ޒިންމާ؛ އަތުގެ ވެރިކަމުން އުފެދޭ ޒިންމާ؛
ކަމެއް ނުކޮށް ދޫކޮށްލުމުން އުފެދޭ ޒިންމާ
23 ވަނަ މާއްދާ - ޒިންމާ އުފުލުމުގެ މިންގަނޑުތައް
(ހ) ކުށުގެ ޒިންމާ އުފުލުން، އަމަލެއްގެ މައްޗަށް އެކަނިވެސް ބުރަވެފައި އޮވެދާނެއެވެ. އެގޮތުން، އެ އަމަލުގެ މާނައިގައި، ކުރާ ކަންކަން، ނުވަތަ ގާނޫނު ހުއްދަނުކުރާ ގޮތެއްގެ މަތިން އަތުގައި އެއްޗެއް ބެހެއްޓުން، ނުވަތަ އުފުލަންޖެހޭކަމަށް ގާނޫނުގައި ބަޔާންކުރާ ޒިންމާއެއް ނުއުފުލައި ދޫކޮށްލުން ހިމެނެއެވެ.
(ށ) ގާނޫނު ހުއްދަ ނުކުރާ ގޮތެއްގެ މަތިން، އަތުގައި އެއްޗެއް ބެހެއްޓުން
އަތުގައި އެއްޗެއް ބަހައްޓައިގެން މީހަކު ކުށުގެ ޒިންމާ އުފުލަންޖެހޭނީ އެ މީހަކަށް އެނގިހުރެ، އަންނަނިވި ކަންކަމުންކުރެ ކަމެއް އޭނާ ކުރާ ހާލަތުގައި، އެކަންޏެވެ.
- އަތުގައި އެއްޗެއް އޮވެ އެ އެއްޗަކީ އޭނާ ހޯދި، ނުވަތަ އޭނާ ބަލައިގަތް އެއްޗަކަށްވުން؛ ނުވަތަ
- އަތުގައި އެއްޗެއް އޮވެ އެ އެއްޗެއް އަތުން ދޫކޮށްލުމަށް އެކަށީގެންވާ ވަގުތު ލިބިމެ، އެ އެއްޗެއް އޭނާގެ އަތުގައި އޮތުން.
(ނ) ކަމެއް ނުކޮށް ދޫކޮށްލުމުން ކުށްވެރިވާ ހާލަތު
ކަމެއް ނުކޮށް ދޫކޮށްލުމުގެ ނަތީޖާއަކީ ކުށެއްކަމުގައި ބަޔާންކުރާ ހިނދު، އެ ކުށަށް، އަންނަނިވި ހާލަތްތަކުގައި، އެމީހަކު ޒިންމާ އުފުލަންޖެހޭނެއެވެ.
- މި ގާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ނަތީޖާ ނުކުތީ، އެމީހަކު ކުރަންޖެހޭ ކަމެއް ނުކުރުމުންކަމަށް ވުމާއި؛ އަދި
- އެމީހަކު ނުކޮށް ދޫކޮށްލި ކަމަކީ، ގާނޫނީގޮތުން އެމީހަކު ކުރުމަށް ލާޒިމު ކުރާ ކަމެއްކަމުގައިވުން؛ އަދި
- ކުށުގެ ރުކުންތައްކަމުގައި ކަނޑައަޅާފައިވާ އެހެނިހެން ކަންކަން ފުރިހަމަވުން.
ކުށުގެ ނިޔަތާ ގުޅޭ ރުކުންތައް
24 ވަނަ މާއްދާ - ކުށުގެ މަގްސަދާ ގުޅޭ ކޮންމެ ރުކުނަކާ ގުޅިގެން ކުށުގެ ނިޔަތް އޮތުން
(ހ) ކުށުގެ މަގްސަދާގުޅޭ ރުކުންތަކުގެ ތެރެއިން ކޮންމެ ރުކުނަކާ ގުޅިގެން ކުށުގެ ނިޔަތް އޮތްކަމަށް ސާބިތުނުވާހާހިނދަކު، ދައުވާ ރައްދުވާ މީހާގެ މައްޗަށް ދައުވާއުފުލިފައިވާ ކުށުން، އޭނާ ކުށްވެރިވާކަމުގައެއް ނުބެލެވޭނެއެވެ.
(ށ) ކުށްކުރިއިރު ކުށުގެ ނިޔަތް އޮތުން
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ ނިޔަތް، ކުށްކަމުގައި ބެލެވޭ އަމަލުކުރި ވަގުތުގައި، އޮންނަން ވާނެއެވެ.
(ނ) މަގްސަދު
އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުތައް ކުރާމީހާ، އެކަން އެކުރަނީ ވަކި މަގްސަދެއް އޮވެގެންކަމުގައި ބެލެވޭނެއެވެ.
- އަމަލުގެ ރުކުނާއި، ނަތީޖާގެ ރުކުނާ ގުޅޭ ގޮތުންކަމަށް ވާނަމަ، ކަނޑައެޅިގެން އޭނާގެ މަގްސަދަކީ އެ އަމަލެއް ކުރުން ކަމުގައިވުން، ނުވަތަ އެ ނަތީޖާ ހާސިލުކުރުން ކަމުގައިވުން؛
- ހާލަތުގެ ރުކުނާ ގުޅޭގޮތުންކަމަށް ވާނަމަ، ވަކި ހާލަތެއް ދެމިއޮތްކަން އޭނާއަށް އެނގިގެންވުން، ނުވަތަ އެ ހާލަތެއް ދެމިއޮތްކަމަށް އޭނާ ގަބޫލުކުރުން، ނުވަތަ އެ ހާލަތު ދެމިއޮތުމަށް އޭނާ އުންމީދުކުރުން؛
- ވަކި ކަމެއް ފުރިހަމަވުމުން ނުވަތަ ވަކި ކަމެއްގެ މައްޗަށް ބިނާކޮށް ކުށުގެ އަމަލެއް ހިންގުމުގެ މަގްސަދު އޮތް މީހެއްގެ އެ މަގްސަދުވެސް، މި މާއްދާގައި ބަޔާންވެގެންވާ މަގްސަދުގެ ދާއިރާގެ ތެރޭގައި ހިމެނިގެންވެއެވެ. އެކަމަކު، އެއީ، އޭނާގެ މައްޗަށް ދައުވާ އުފުލިފައިވާ ކުށް ކަނޑައަޅާފައިވާ ގާނޫނުން މަނާކުރާ ގެއްލުންދިނުމުގެ، ނުވަތަ އެ ގާނޫނުން މަނާކުރާ އަމަލު ހިންގުމުގެ މަގްސަދެއް ނެތްކަން، ސާބިތުކޮށްނުދެވޭހާ ހިނދަކުއެވެ.
(ރ) އެނގިހުރުން
އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލު ކުރާ މީހާ، އެކަން އެކުރަނީ އެނގިހުރެގެންކަމުގައި ބެލެވޭނެއެވެ:
- އަމަލުގެ ރުކުނާ ގުޅޭގޮތުންކަމުގައި ވާނަމަ، އޭނާ އެކުރާ އަމަލަކީ އެޒާތުގެ ނުވަތަ އެބާވަތުގެ އަމަލެއްކަން އޭނާއަށް އެނގިގެންވުން؛
- ހާލަތުގެ ރުކުނާ ގުޅޭގޮތުން ކަމުގައި ވާނަމަ، އެފަދަ ހާލަތެއް ދެމިއޮތުމުގެ އެކަށީގެންވާ ފުރުސަތު އޮތްކަން އޭނާއަށް އެނގިގެންވުން؛
- ނަތީޖާގެ ރުކުނާ ގުޅޭގޮތުން ކަމުގައި ވާނަމަ، އޭނާ އެ ކުރާ އަމަލަކީ، އަމަލީގޮތުން ބަލާއިރު އޭގެ ޒާތުގައި، ވަކި ނަތީޖާއެއް ނުކުންނާނެ އަމަލެއްކަން އޭނާއަށް އެނގިގެންވުން.
(ބ) ފަރުވާކުޑަ އަމަލު
އަންނަނިވި ހާލަތްތަކުގައި، ކުށުގެ މަގްސަދުގެ ރުކުނާ ގުޅޭގޮތުން، މީހަކު ފަރުވާކުޑަ އަމަލެއް ކޮށްފިކަމުގައި ބެލެވޭނެއެވެ.
- މަގްސަދުގެ ރުކުން އެބައޮތްކަން އެނގިހުރެ ނުވަތަ އޭނާގެ އަމަލުން އެރުކުން މެދުވެރިވެދާނެކަމުގެ ނުރައްކާ ބޮޑުކަމާއި، އެނުރައްކަލާ ކުރިމަތިލާން ޖެހޭ މަގްބޫލު ސަބަބެއް ނެތްކަން އޭނާއަށް އެނގިހުރެ، އެނުރައްކަލަށް ފަރުވާލެއް ނުބެހެއްޓުން؛ އަދި
- އޭނާ ކުރި އަމަލުގެ ޒާތަށާއި މަގްސަދަށް ބަލާއިރު އަދި އޭނާއަށް އެނގިގެންވާ ހާލަތްތަކަށް ބަލާއިރު، އެފަދަ އަމަލަކުން ނުކުމެދާނެ ނުރައްކަލުގެ ޒާތަށާއި މިންވަރަށް ފަރުވާލެއް ނުބެހެއްޓުމަކީ، އެފަދަ ހާލަތެއްގައި ހުރި މީހަކު އަމަލުކުރާނޭކަމަށް ގަބޫލުކުރެވޭ ހަމަތަކާ މުޅިން ތަފާތުގޮތަކަށް ކުރި އަމަލެއް ކަމުގައިވުން.
(ޅ) އިހުމާލު
އަންނަނިވި ހާލަތްތަކުގައި، ކުށުގެ މަގްސަދުގެ ރުކުނާ ގުޅޭގޮތުން މީހަކު އިހުމާލުވެއްޖެކަމުގައި ބެލެވޭނެއެވެ.
- މަގްސަދުގެ ރުކުން އެބައޮތްކަން ނުވަތަ އޭނާގެ އަމަލުން އެރުކުން މެދުވެރިވެދާނެކަމުގެ ނުރައްކާ ބޮޑުކަމާއި، އެ ނުރައްކަލާ ކުރިމަތިލާންޖެހޭ މަގްބޫލު ސަބަބެއް ނެތްކަން އޭނާއަށް އެނގެންޖެހޭފަދަ މަގާމެއްގައި ހުރުން؛
- އޭނާ ކުރި އަމަލުގެ ޒާތަށާއި މަގްސަދަށް ބަލާއިރު އަދި އޭނާއަށް އެނގިގެންވާ ހާލަތްތަކަށް ބަލާއިރު، އެފަދަ އަމަލަކުން ނުކުމެދާނެ ނުރައްކަލުގެ ޒާތާއި މިންވަރު ވިސްނައިނުގަނެވުމަކީ، އެފަދަ ހާލަތެއްގައި ހުރި މީހަކު އަމަލުކުރާނެކަމަށް ގަބޫލުކުރެވޭ ހަމަތަކާ މުޅިން ތަފާތު ގޮތަކަށްވުން.
(ކ) ކުށުގެ ނިޔަތުގެ މަތީ ދަރަޖަ ސާބިތުވުމުން، ދަށުގެ ދަރަޖަތައް ސާބިތުވުން
ކުށުގެ ނިޔަތުގެ މަތީ ދަރަޖައެއް ސާބިތުވާކަމުގައި ވާނަމަ، އޭގެ އެއަށްވުރެ ދަށު ދަރަޖަތައްވެސް ސާބިތުވާކަމަށް ބެލެވޭނެއެވެ. ކުށުގެ ނިޔަތް ސާބިތުކުރުމުގައި ބަލާނެ މިންގަނޑުތައް ތިރީގައި އެވަނީއެވެ:
- ކަމެއްގެ މަގްސަދު އޮތްކަން ސާބިތުކޮށްދިނުމުން އެކަމެއް އެނގިހުރިކަން ސާބިތުވާނެއެވެ؛
- ކަމެއްގެ މަގްސަދު އޮތްކަން ނުވަތަ އެކަމެއް އެނގިހުރިކަން ސާބިތުވުމުން ފަރުވާކުޑަ އަމަލެއް ކުރިކަން ސާބިތުވާނެއެވެ.
- ކަމެއްގެ މަގްސަދު އޮތްކަން ނުވަތަ އެކަމެއް އެނގިހުރިކަން ނުވަތަ އެކަމާމެދު ފަރުވާކުޑަކުރިކަން ސާބިތުވުމުން އިހްމާލުވެއްޖެކަމަށް ސާބިތުވާނެއެވެ.
(އ) ކުށުގެ ނިޔަތުގެ ދަރަޖައެއް ބަޔާންކޮށްފައި ނުވާނަމަ ބަލާނެ މިންގަނޑު
ކުށުގެ މަގްސަދުގެ ރުކުނަކާ ގުޅޭގޮތުން ސާބިތުކުރުމަށް ބޭނުންވާ ކުށުގެ ނިޔަތުގެ މިންގަނޑު، އެ ކުށް ކަނޑައެޅުމުގައި ބަޔާންކޮށްދީފައިނުވާނަމަ، ނުވަތަ އެ ކުށުގެ ދަރަޖަ ކަނޑައަޅާ މާއްދާގައި ބަޔާންކޮށްދީފައިނުވާނަމަ، އެ ރުކުނަކާ ގުޅޭ ގޮތުން ކުށުގެ ނިޔަތް ސާބިތުކޮށްދިނުމަށް ބޭނުންވާނެ އެންމެ ކުޑަ މިންވަރަކީ، އެ ކުށް ކުރި މީހާ ފަރުވާކުޑަކުރިކަން ސާބިތުކޮށްދިނުމެވެ.
(ވ) ކުށުގެ ޒިންމާ އުފުލުމަށް ކުށުގެ އަމަލު އެކަނި ފުދޭ ހާލަތު
ކުށުގެ މަގްސަދުގެ ރުކުނަކާ ގުޅޭ ގޮތުން ޒިންމާ އުފުލުމަށް ކުށުގެ އަމަލު އެކަނި ފުދޭ ހާލަތުގައި، މި މާއްދާގެ (އ) ގައި ބަޔާންކޮށްދީފައިވާ ފަދައިން ކުށުގެ ނިޔަތް ސާބިތުވުމަކީ، އަންނަނިވި ކުށްކުށް ސާބިތުކުރުމުގައި ބޭނުން މިންގަނޑެއް ނޫނެވެ:
- ކުރި ކުށަކީ މުހާލަފާތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައިވުން؛ ނުވަތަ
- އެ ކުށަކީ މި ގާނޫނު ނޫން އެހެން ގާނޫނެއްގައި ކަނޑައެޅިފައިވާ ކުށަކަށް ވުމާއި، އެ ކުށް ކަނޑައެޅުމުގައި ގާނޫނުގެ މަގްސަދަކީ، ކުށުގެ ނިޔަތް ސާބިތުކުރަން ނުޖެހޭ ގޮތަށް، ކުށުގެ އެހެން މައިގަނޑު ރުކުނެއް އެކަނި ސާބިތުވުންކަން، އެ ކުށް ކަނޑައެޅި ގާނޫނުން ސާފުކޮށް ދޭހަވާން އޮތުން.
(މ) ކުށުގެ ނިޔަތުގެ މިންގަނޑު ކަނޑައަޅައިދީފައިވާނަމަ ނުކުންނާނެ ނަތީޖާ
ކުށެއް ކަނޑައެޅުމުގައި، އެ ކުށް ސާބިތުކުރުމަށް ބޭނުންވާނެ ކުށުގެ ނިޔަތުގެ މިންގަނޑު ކަނޑައެޅިގެން ބަޔާންކޮށްދީފައިވާނަމަ، އެ މާއްދާގައިވާ އެ ކުށާ ގުޅޭ އެހެން ހުރިހާ ރުކުންތަކެއް ސާބިތުކޮށްދިނުމުގައިވެސް އެ މިންގަނޑަށް ކުށުގެ ނިޔަތް ސާބިތުކޮށްދޭން ވާނެއެވެ. އެނޫން ހާލަތްތަކުގައި އެކުށެއް ކަނޑައެޅުމުގައި ގާނޫނުގައި ލިޔެފައިވާ އިބާރާތުން ދޭހަވާ މިންވަރަށް ކުށުގެ ނިޔަތް ސާބިތުކޮށްދޭން ވާނެއެވެ.
(ފ) ކުށެއްކަން އެނގޭކަން ސާބިތުކޮށްދޭން ނުޖެހޭ ހާލަތު
ގާނޫނުގައި އެހެން ގޮތަކަށް ކަނޑައެޅިގެން ބަޔާންކޮށްފައި ނުވާނަމަ، ކުށެއް ސާބިތުކުރުމުގައި، މީހަކު ކުރި އަމަލަކީ ކުށެއްކަން އޭނާއަށް އެނގޭކަން ސާބިތުކޮށްދިނުމަކީ އެކުށުގެ ރުކުނެއްނޫނެވެ.
ނޭނގުމެއްގައި ނުވަތަ އޮޅުމަކުން ކުރާ ކަންތަކުން
ކުށުގެ ނިޔަތް ނެތިދިއުން
25 ވަނަ މާއްދާ - ނޭނގުމެއްގައި ނުވަތަ އޮޅުމަކުން ކުރާ ކަންކަމުގެ ހެކިހުށަހެޅުން
މި ގާނޫނުގެ 33 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތުގައި މެނުވީ، ކުށުގެ ނިޔަތް ނެތްކަން ސާބިތުކޮށްދިނުމަށްޓަކައި، ގާނޫނުގެ ނުކުތާއަކާ ގުޅިގެން ނުވަތަ ކަމެއް ހިނގައިދިޔަގޮތުގެ ނުކުތާއަކާ ގުޅިގެން ތިމާއަށް ނޭނގޭކަމުގެ، ނުވަތަ ތިމާއަށް ހުރެވުނީ އޮޅިފައިކަމުގެ ހެކި ހުށަހެޅިދާނެއެވެ.
ސިކުނޑީގެ ބައްޔެއްގެ ނުވަތަ އުނިކަމެއްގެ ސަބަބުން
ކުށުގެ ނިޔަތް ނެތިދިއުން
26 ވަނަ މާއްދާ - ނިޔަތް ނެތިދިއުން
(ހ) ކުށުގެ ނިޔަތް ނެތްކަން ސާބިތުކޮށްދިނުމަށްޓަކައި، ސިކުނޑީގެ ބައްޔެއް ނުވަތަ އުނިކަމެއް ހުރި ކަމުގެ ހެކި ހުށަހެޅިދާނެއެވެ.
(ށ) މާނަކުރުން
"ސިކުނޑީގެ ބައްޔެއް ނުވަތަ އުނިކަމެއް" ކަމަށް ބުނެފައި އެވަނީ، ސުލޫކަށް ނުވަތަ ވިސްނުމަށް ނުވަތަ ޖަޒްބާތަށް އެކަށީގެންވާ މިންވަރަކަށް ނޭދެވޭ އަސަރު ފޯރުވާ އާދަޔާ ހިލާފު ސިކުނޑީގެ ހާލަތަކަށެވެ.
ރުހުން
27 ވަނަ މާއްދާ - އާންމުކޮށް ދެވޭ ރުހުން
(ހ) ދައުވާ ރައްދުވާ މީހާ ކުރި ކުށްކަމުގައި ބެލެވޭ އަމަލާ ގުޅޭ ގޮތުން ނުވަތަ އެ އަމަލުން ނުކުމެދާނެ ނަތީޖާއާ ގުޅޭގޮތުން، އެ ކުށުގެ އަމަލުން ގެއްލުން ލިބުނު މީހާ ދޭ ރުހުމަކީ އަންނަނިވި ހާލަތްތަކުގައި އެ ކުށުގެ ދިފާއެއް ކަމުގައި ބެލެވޭނެއެވެ.
- އެ ރުހުން ދިނުމުގެ ސަބަބުން، ކުށުގެ ރުކުންތަކުގެ ތެރެއިން ރުކުނެއް ނެތިދިއުން؛ ނުވަތަ
- އެ ކުށް ކަނޑައަޅާ ގާނޫނުން މަނާކުރާ ގެއްލުންދިނުމުގެ ނުވަތަ އަމަލު ހިންގުމުގެ ކުރިން އެ ރުހުން ދީފައިވުން.
(ށ) ޖިސްމާނީ އަނިޔާއަށްދެވޭ ރުހުން
ދައުވާ ރައްދުވާ މީހާ ކުރި ކުށްކަމުގައި ބެލެވޭ އަމަލަކީ މީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމުގެ ގޮތުން ނުވަތަ ޖިސްމާނީ އަނިޔާއެއް ދީފާނެކަމަށް ބެލެވޭ ގޮތުން ހިންގުނު އަމަލަކަށްވާނަމަ، އެ އަމަލުން ގެއްލުން ލިބުނު މީހާ ދޭ ރުހުމަކީ އަންނަނިވި ހާލަތްތަކުގައި އެ ކުށުގެ ދިފާއެއްކަމުގައި ބެލެވޭނެ ކަމެކެވެ.
- ރުހުން ދެވުނު އަމަލުން ލިބުނު ނުވަތަ ދީފާނެ ކަމަށް ބެލެވުނު ޖިސްމާނީ އަނިޔާއަކީ އޭގެ ޒާތުގައި ބޮޑު އަނިޔާއަކަށް ނުވުން؛ ނުވަތަ
- އެ އަމަލާއި ގެއްލުމަކީ ހުއްދަ ކަސްރަތު މުބާރާތާއި ވާދަވެރި ކުޅިވަރުތަކުގައި ބައިވެރިވެ އުޅުމުގެތެރޭގައި މެދުވެރިވުން އެކަށީގެންވާކަމަށް ބެލެވޭ އަމަލެއް ނުވަތަ ގެއްލުމަކަށްވުން.
(ނ) ސައްހަ ނޫން ރުހުން
މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ނުވަތަ ދައުވާ އުފުލިފައިވާ ކުށް ކަނޑައަޅާފައިވާ ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ކަމަކަށް އެއްބަސްވުމަކީ އަންނަނިވި ހާލަތްތަކުގައި އެ ކަމަށް ރުހުނީކަމުގައެއް ނުބެލެވޭނެއެވެ.
- ކުށެއްކަމުގައި ބެލެވޭ އަމަލު އެމީހަކާމެދު ހިންގުނު މީހާއަކީ ގާނޫނުގެ ކުރިމަތީގައި އެފަދަ ރުހުމެއް ދެވޭ ވަރުގެ ކުޅެދުންތެރިކަން ހުރި މީހެއްކަމުގައި ނުވުން؛ ނުވަތަ
- ކުށެއްކަމުގައި ބެލެވޭ އަމަލު އެމީހަކާމެދު ހިންގުނު މީހާއަކީ އެ ކުށުގެ އަމަލުގެ ބާވަތް ނުވަތަ ނަތީޖާ ދެނެގަނެވޭ ވަރުގެ އެކަށީގެންވާ ގާބިލުކަން ނެތް މީހެއްކަން އެ އަމަލު ހިންގި މީހާއަށް އެނގިގެންވުން؛ ނުވަތަ
- އެ ރުހުމަކީ، އެ ކުށް ކަނޑައަޅާފައިވާ ގާނޫނުގައި، މާނަކޮށްފައިވާ ގޮތާމެދު، ރަނގަޅަށް ވިސްނުމަކާ ނުލައި ދިން ރުހުމަކަށްވުން؛ ނުވަތަ
- އެ ރުހުމަކީ އެ ކުށް ކަނޑައަޅާފައިވާ ގާނޫނުގައި ހުއްދަ ކުރެވިފައިނުވާ ބާރުގެ ބޭނުންކޮށްގެން ނުވަތަ ބިރުދައްކައިގެން ނުވަތަ އޮޅުވާލައިގެން ހޯދާފައިވާ ރުހުމަކަށްވުން.
(ރ) މާނަކުރުން
ވަކި މީހަކީ "ގާބިލުކަން ނެތް" މީހެއްކަމުގައި ވާނީ އޭނާގެ އުމުރުގެ ސަބަބުން ނުވަތަ އޭނާގެ ސިކުނޑިއަށް ޖެހިފައިވާ ބައްޔެއްގެ ސަބަބުން ނުވަތަ އޭނާގެ ސިކުނޑިއަށް ލިބިފައިވާ ނުކުޅެދުމެއްގެ ސަބަބުން ނުވަތަ އޭނާ މަސްތުވެފައި ހުރުމުގެ ސަބަބުން ނުވަތަ އޭނާއަށް ދިމާވެފައިވާ އެނޫންވެސް ނުކުޅެދުމެއްގެ ސަބަބުން، ކަމަކާމެދު އެކަށީގެންވާ ގޮތެއްގައި ވިސްނައި، ނިންމުމެއް ނިންމުމަށް، ސާފުކޮށް ބަޔާންވާ ގޮތުގައި، ނުކުޅެދިގެންވާނަމައެވެ.
އާންމު އުސޫލެއްގެ ގޮތުން ދެވޭ ހުއްދަ؛ ރައްޔިތުންގެ މަޖިލީހުން ކުށެއްކަމުގައި
ބަލައި މަނާކޮށްފައިނުވާ އަމަލު
28 ވަނަ މާއްދާ - ކުށްކަމުގައި ބެލެވޭ އަމަލުގެ ޒާތަށާއި ހާލަތްތަކުގެ މައްޗަށް ބުރަވެ ކޯޓުން ނުބަލާ ދޫކޮށްލެވޭ އަމަލުތައް
ކުށެއްގެ ދައުވާ އުފުލޭ ހިނދު، ކުށްކަމުގައި ބެލެވޭ އަމަލުގެ ޒާތަށާއި އަދި އެ އަމަލާ ގުޅިގެންވާ ހާލަތްތަކުގެ މައްޗަށް ބުރަވެ ބަލާއިރު، ކުށުގެ ދައުވާ އުފުލިފައިވާ އަމަލަކީ އަންނަނިވި ބާވަތުގެ އަމަލެއް ކަމުގައިވާނަމަ ކޯޓުން އެ މައްސަލަ ބެލުމަކާ ނުލައި، އެ މައްސަލަ ދޫކޮށްލަންވާނެއެވެ.
(ހ) އެ އަމަލަކީ އާންމު އުސޫލެއްގެ ގޮތުން ހުއްދަ ކުރެވިގެންވާ، ނުވަތަ މީހުން އެއާއެކު އުޅުމަށް ފަރިތަވެފައިވާ ބާވަތުގެ އަމަލުތަކުގެ ތެރެއިން އަންނަނިވި ޒާތުގެ އަމަލަކަށްވުން:
- މަސްލަހަތަށް ގެއްލުން ލިބުނު މީހާ އެ އަމަލު ކަނޑައެޅިގެން މަނާކޮށްފައި ނުވުން؛ އަދި
- ކުށް ކަނޑައަޅާފައިވާ ގާނޫނުގެ މަގްސަދުތަކާ ތައާރުޒުވާ އަމަލަކަށް ނުވުން؛ ނުވަތަ
(ށ) ޖިނާއީ ކުށެއް ސާބިތުކުރާ މިންވަރަށް ވުރެ، ލިބުނު ގެއްލުމުގެ މިންވަރު، ކުރި އަމަލުގެ ނިސްބަތުން ކުޑަވުން؛ ނުވަތަ
(ނ) ކުށް ކަނޑައަޅާފައިވާ ގާނޫނުގައި ދިނުން މަނާކޮށްފައިވާ ގެއްލުން ދީފައިނުވުން.
(ރ) ލިޔުމުން ސަބަބު އަންގައިދިނުން
ދައުވާ އުފުލޭ ކުށެއް ކޯޓަކުން ނުބަލާ، މި މާއްދާގެ ދަށުން ދޫކޮށްލަން ވާނީ، އެކަމުގެ ސަބަބު ލިޔުމުން ބަޔާންކުރުމަށް ފަހުގައެވެ.
މާނަކުރުން
29 ވަނަ މާއްދާ - މާނަކުރުން
(ހ) "ހަށިގަނޑަށް ލިބޭ އަނިޔާ" އަށް ދީފައިވަނީ މި ގާނޫނުގެ 17 ވަނަ މާއްދާގެ (7) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ށ) ހާލަތުގެ ރުކުން" އަށް ދީފައިވަނީ މި ގާނޫނުގެ 21 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ނ) "ކުށް ކުރި މީހާގެ އަމަލުގެ ރުކުން" އަށް ދީފައިވަނީ 21 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ރ) "ގާބިލުކަން ނެތުން" އަށް ދީފައިވަނީ މި ގާނޫނުގެ 27 ވަނަ މާއްދާގެ (ރ) ގައި ދީފައިވާ މާނަކުރުމެވެ.
(ބ) "އެނގިހުރުން" އަށް ދީފައިވަނީ މި ގާނޫނުގެ 24 ވަނަ މާއްދާގެ (ރ) ގައި ދީފައިވާ މާނަކުރުމެވެ.
(ޅ) "އިހުމާލު" އަށް ދީފައިވަނީ މި ގާނޫނުގެ 24 ވަނަ މާއްދާގެ (ޅ) ގައި ދީފައިވާ މާނަކުރުމެވެ.
(ކ) "މަގްސަދުގެ ރުކުން" އަށް ދީފައިވަނީ މި ގާނޫނުގެ 21 ވަނަ މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(އ) "މަގްސަދު" އަށް ދީފައިވަނީ މި ގާނޫނުގެ 24 ވަނަ މާއްދާގެ (ނ) ގައި ދީފައިވާ މާނަކުރުމެވެ.
(ވ) "ފަރުވާކުޑަ އަމަލު" އަށް ދީފައިވަނީ މި ގާނޫނުގެ 24 ވަނަ މާއްދާގެ (ބ) ގައި ދީފައިވާ މާނަކުރުމެވެ.
(މ) "ނަތީޖާގެ ރުކުން" އަށް ދީފައިވަނީ މި ގާނޫނުގެ 21 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ފ) "ހަށިގަނޑަށް ލިބޭ ބޮޑެތި އަނިޔާ" އަށް ދީފައިވަނީ މި ގާނޫނުގެ 17 ވަނަ މާއްދާގެ (91) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
30 ވަނަ ބާބު
ކުށުގެ ރުކުންތައް ވަކި ފަރާތަކަށް ނިސްބަތްކުރުން
30 ވަނަ މާއްދާ - މީހެއްގެ އަމަލަށް އެހެން މީހަކު ޒިންމާދާރުކުރުވުން
31 ވަނަ މާއްދާ - އަމިއްލަ އިހްތިޔާރުގައި މަސްތުވުން
32 ވަނަ މާއްދާ - ހާސިލުކުރަން ގަސްދުކުރި ނުވަތަ ހާސިލުވާނެކަމަށް ހީކުރި ނަތީޖާ، ނުކުތް ނަތީޖާއާ ތަފާތުވުން
33 ވަނަ މާއްދާ - ކުށުގެ އަމަލެއް ކުރާއިރު، އެހެން ކުށެއް ކުރަނީކަމުގައި ކުށްހީކުރެވުން
34 ވަނަ މާއްދާ - މާނަކުރުން
މީހެއްގެ އަމަލަށް އެހެން މީހަކު ޒިންމާދާރުކުރުވުން
30 ވަނަ މާއްދާ - މީހަކު ކުރާ އަމަލަކަށް އެހެން މީހަކު ޒިންމާދާރުކުރުވުން
(ހ) އަންނަނިވި ހާލަތްތަކުގައި މީހަކު ކުރާ އަމަލަށް، އެ އަމަލުކުރި ފަރާތުގެ އިތުރުން، ތިރީގައި ބަޔާންކޮށްފައިވާ މީހުންވެސް ގާނޫނީ ގޮތުން ޒިންމާއުފުލަން ވާނެއެވެ:
- ކުށުގެ ނިޔަތް އޮވެގެން ކުށެއް ކުރުމުގެ އަމަލު ހިންގާއިރު، މައުސޫމު ނުވަތަ ޒިންމާއުފުލުމުގެ ގާބިލުކަމެއް ނެތް މީހަކު އެ އަމަލުގައި ބައިވެރިކުރުވުން؛ ނުވަތަ
- މީހަކު ކުރާ އަމަލަށް އެހެން މީހަކު މި ގާނޫނުގައި ނުވަތަ ކުށް ކަނޑައަޅާފައިވާ އެހެންވެސް ގާނޫނުގައި ޒިންމާދާރުކުރުވާފައިވުން؛ ނުވަތަ
- ކުށްކުރި މީހާ ކުށްކުރިއިރު އޭނާއާއެކު ބައިވެރިވި މީހެއް ކަމުގައިވުން.
(ށ) ބައިވެރިވުމުގެ ޒިންމާ
ކުށްކުރުމުގެ ނިޔަތް އޮވެގެން، ކުށެއް ކުރުމުގައި އަންނަނިވި ހާލަތްތަކުގައި، އެހެން މީހަކު އެ ކަމުގައި ބައިވެރިވެއްޖެނަމަ، އޭނާއަކީ، ކުށްކުރި މީހާގެ ބައިވެރިއެއްކަމުގައި ބެލެވޭނެއެވެ:
- ކުށުގެ އަމަލު ހިންގުން ކުރިއަށް ގެންދިއުމަށްޓަކައި، ނުވަތަ އެ ކުށް ކުރުމަށް ހިތްވަރުދިނުމަށްޓަކައި، އެނގިހުރެ، އެހެން މީހަކަށް އެހީތެރިވެދިނުން؛ ނުވަތަ
- އޭނާގެ އަމަލަކީ ކުށެއް ކުރި މީހާއާ ބައިވެރިވުމުގެ އަމަލެއް ކަމުގައި، ގާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވުން.
(ނ) ބައިވެރިވުމުގެ ޒިންމާއުފުލަން ނުޖެހޭ އިސްތިސްނާ ހާލަތްތައް
މި ގާނޫނުގައި ނުވަތަ ކުށް ކަނޑައަޅާފައިވާ އެހެންވެސް ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، އަންނަނިވި ހާލަތްތަކުން ހާލަތެއް މެދުވެރިވެއްޖެނަމަ ތިރީގައި ބަޔާންކޮށްފައިވާ މީހާއަކީ، ހިނގައިދިޔަ ކުށް ކުރި މީހާގެ ބައިވެރިއެއްކަމުގައެއް ނުބެލެވޭނެއެވެ:
- އޭނާއަކީ، އޭނާގެ މައްޗަށް ކުށުގެ އަމަލު ހިންގުނު މީހާ ކަމުގައިވުން؛ ނުވަތަ
- އޭނާ ކުރި އަމަލަކީ، ކުށް ކަނޑައަޅާފައިވާ ގޮތުން އެކުށް ހިނގައިދިޔުމުގައި މެދުވެރިވި ސަބަބަކަށް ވީނަމަވެސް، އެ އަމަލަކީ، އޭނާގެ އިހްތިޔާރުގައި ހިންގި އަމަލަކަށް ނުވުން؛ ނުވަތަ
- ކުށުގެ އަމަލު ފުރިހަމަވުމުގެ ކުރީގައި އޭގައި އޮތް އޭނާގެ ބައިވެރިވުން އޭނާ އަމިއްލައަށް ނިމުމަކަށް ގެނައުމާއި، އަދި ހަމަ އެއާއެކު:
- އޭނާގެ ބައިވެރިވުން އޮވެގެން، ކުށްކުރުމުގައި ލިބެން އޮތް ފައިދާ މުޅިން ނެތިދިއުން؛ ނުވަތަ
- އެ ކުށް ހުއްޓުވުމުގެ ނިޔަތުގައި، އެކަށީގެންވާ ވަގުތު އޮއްވައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އެކަން އެންގުން ނުވަތަ އަމިއްލައަށްވެސް އެކުށް ހުއްޓުވުމަށްޓަކައި އެކަށީގެންވާ ފިޔަވަޅުތައް އެޅުން.
(ރ) ކުށުގައި ބައިވެރިވުމުގެ ޒިންމާގެ ދަރަޖަ ކަނޑައެޅުން
ކުށްކުރި މީހާއާ ބައިވެރިވި މީހާގެ ދައުރަކީ، ތިރީގައި ބަޔާންކޮށްފައިވާ ދައުރުތަކުގެ ތެރެއިން ދައުރެއްކަމުގައިވާނަމަ، އޭނާގެ ބައިވެރިވުން، ދަރަޖަކުރާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.
- އޭނާއަކީ އެކަން އިންތިޒާމުކުރި މީހާ ނުވަތަ އެކަމާގުޅޭ ކަންތައްތަކުގައި އިސްކޮށް ހަރަކާތްތެރިވި މީހާ ކަމުގައިވާނަމަ، އޭނާގެ ޒިންމާގެ ދަރަޖައަކަށް ވާނީ އޭނާ އެހީތެރިވެދިން ކުށްކުރުމުގެ ދަރަޖައެވެ.
- އޭނާއަކީ ހަމައެކަނި ކުށްކުރުމުގައި ބައިވެރިއެއް ކަމުގައިވާނަމަ އޭނާގެ ޒިންމާގެ ދަރަޖައަކަށް ވާނީ، އޭނާ އެހީތެރިވެދިން ކުށްކުރުމުގެ ދަރަޖައަށް ވުރެ، އެއް ދަރަޖަ ތިރި ދަރަޖައެކެވެ.
- ކުށްކުރި މީހާއާ ބައިވެރިވެފައިވަނީ، ނިސްބަތުން ކުޑަ މިންވަރަކަށް ކަމުގައިވާނަމަ އޭނާގެ ޒިންމާގެ ދަރަޖައަކަށް ވާނީ އޭނާ ކުރުމަށް އެހީތެރިވެދިން ކުށްކުރުމުގެ ޒިންމާގެ ދަރަޖައަށް ވުރެ، ދެ ދަރަޖަ ތިރި ދަރަޖައެކެވެ.
-
މާނަކުރުން
މި މާއްދާގެ ބޭނުމަށްޓަކައި:-
"އިންތިޒާމުކުރި މީހާ" ނުވަތަ "އިސްކޮށް ހަރަކާތްތެރިވި މީހާ" ކަމަށް ބުނެފައި އެވަނީ ކުށްކުރުމުގައި ބައިވެރިވި އެހެން ބައިވެރިން ބަލަހައްޓައި، ކޮންޓްރޯލުކުރުމުގެ ޒިންމާ އޮތް މީހާއަށެވެ.
-
"ނިސްބަތުން ކުޑަ މިންވަރަކަށް ބައިވެރިވި މީހާ" ކަމަށް ބުނެފައި އެވަނީ ކުށުގެ އަމަލު ކާމިޔާބުކަމާއެކު ފުރިހަމަކުރުމުގައި، މާބޮޑު ބޭނުމެއް ނުހިފޭ ބާވަތުގެ ނުވަތަ ވަރަށްވެސް ކުޑަ މިންވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދޭ މީހާއަށެވެ.
-
"ބައިވެރިއެއް" ކަމަށް ބުނެފައި އެވަނީ އެ ކުށްކުރުމުގައި އެހީތެރިވިމީހާގެ ދައުރަކީ އިންތިޒާމުކުރި މީހާ ނުވަތަ އިސްކޮށް ހަރަކާތްތެރިވި މީހާގެ ދައުރަށްވުރެ ކުޑަ، އެހެންނަމަވެސް ނިސްބަތުން ކުޑަ މިންވަރަކަށް ބައިވެރިވި މީހާގެ ދައުރަށްވުރެ ބޮޑު ދައުރެއް އޮވެގެން އެކަމުގައި ހަރަކާތްތެރިވާ މީހާއަށެވެ.
-
(ބ) ކޮށްފައިނުވާ ކުށެއްގައި ބައިވެރިވުން
އެހެން މީހަކު ހިންގާ ކުށުގެ އަމަލެއްގެ ސަބަބުން، މި މާއްދާގެ (ހ) ގެ ދަށުން، ކުށުގެ ޒިންމާއުފުލަންޖެހޭކަމަށް ބުނާމީހާ، އަނެއް މީހާ ކުށްނުކުރާ ހާލަތްތަކުގައި ކުށްވެރިވާނީ، އެ ކުށްކުރަން އުޅުމުގެ ކުށުންނެވެ.
ކުށްކުރުމުގައި މީހަކާ ބައިވެރިވާން އުޅުން(ޅ) ކުށެއް ކުރުމުގައި މީހަކަށް އެހީތެރިވެދިނުމަށް މީހަކު އުޅެފިނަމަ މި މާއްދާގެ (ށ) ގެ ދަށުން އެ މީހަކު އެކަމުގެ ޒިންމާއުފަލަން ވާނެއެވެ. އޭނާގެ ޒިންމާގެ ދަރަޖައަކަށް ވާނީ، އޭނާ އެހީތެރިވެދޭން އުޅުނު އުޅުން ކާމިޔާބުވީނަމަ، ޒިންމާއުފުލަން ޖެހޭނެ ދަރަޖައަށް ވުރެ އެއް ދަރަޖަ ތިރި ދަރަޖައެކެވެ. އެއީ، އެ ކުށްކުރި މީހާ އެ ކުށް ފުރިހަމަކުރި ކަމުގައި ވިޔަސް، ނުވަތަ އެ ކުށްކުރުމަށް މަސައްކަތްކުރިކަމަށްވީނަމަ ވެހެވެ.
(ކ) ގާނޫނީ ގޮތުން ނުކުޅެދިގެން ވިޔަސް ޒިންމާއުފުލަންޖެހުން
ވަކި މީހަކީ ކުށެއް ކުރުމަށް ގާނޫނީ ގޮތުން ނުކުޅެދިގެންވާ މީހެއް ކަމުގައި ވީނަމަވެސް، އޭނާ ގާނޫނީ ގޮތުން ޒިންމާ އުފުލަންޖެހޭ މީހެއްގެ އެހެން ސަބަބަކާހުރެ، އޭނާ ޒިންމާ އުފުލަން ނުޖެހޭ ހާލަތެއް މެދުވެރިނުވާނަމަ، އެ ކުށުގެ ޒިންމާ އޭނާ އުފުލަންޖެހޭނެއެވެ. އެއީ، އެ ޒިންމާ އުފުލުމަކީ، އޭނާގެ ނުކުޅެދުންތެރިކަން ބަޔާންކުރާ ގާނޫނުގެ މަގްސަދާ ހިލާފު ކަމަކަށް ނުވާނަމައެވެ.
(އ) ކުށްކުރި މީހާގެ މައްޗަށް ކުށް ސާބިތު ނުކުރެވުން
އަންނަނިވި ސަބަބުތަކުގެ ތެރެއިން ސަބަބަކާހުރެ، ކުށްކުރި މީހެއްގެ މައްޗަށް ކުށުގެ ދައުވާ ސާބިތު ނުކުރެވުނުކަމަށް ވީނަމަވެސް، އެ ކުށުގެ އަމަލު ހިންގާފައިވާކަމުގެ ސާބިތު ހެކީގެ މައްޗަށް ބިނާކޮށް، އަދި އެ ކުށްކުރުމުގައި އެހީތެރިވެދިންކަމުގެ ސާބިތު ހެކީގެ މައްޗަށް ބިނާކޮށް، އެ ކުށްކުރުމުގައި އެހީތެރިވެދިން މީހަކުގެ މައްޗަށް ކުށް ސާބިތުކުރެވިދާނެއެވެ.
- ކުށްކުރި މީހާގެ މައްޗަށް ދައުވާ އުފުލިފައިނުވުން ނުވަތަ އޭނާގެ މައްޗަށް ކުށް ސާބިތުކުރެވިފައިނުވުން؛ ނުވަތަ
- ކުށްކުރިކަމަށް ބެލެވޭ މީހާގެ މައްޗަށް ސާބިތުވެފައިވަނީ އެހެން ކުށެއްކަމަށްވުން ނުވަތަ އެ ކުށުގެ އެހެން ދަރަޖައެއްގެ ޒިންމާއެއް ކަމަށްވުން؛ ނުވަތަ
- ދައުވާއުފުލުމުން ނުވަތަ ދައުވާ ސާބިތުކުރުމުން އިމްތިޔާޒު ލިބިގެންވާ މީހެއްކަމުގައި އެ ކުށްކުރި މީހާވުން؛ ނުވަތަ
- ކުށްކުރިކަމަށް ބެލެވޭ މީހާގެ މައްޗަށް ދައުވާ ސާބިތުނުވާތީ ދޫކޮށްލައިފައިވާ މީހެއް ކަމުގައިވުން.
އަމިއްލަ އިހްތިޔާރުގައި މަސްތުވުން
31 ވަނަ މާއްދާ - މަސްތުވުމުން ކުށުގެ ނިޔަތް ނެތިދާ ހާލަތް
(ހ) މި ގާނޫނުގެ 54 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި މެނުވީ، ނުވަތަ މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި މެނުވީ، މީހަކު ކުށެއްގެ އަމަލު ހިންގިއިރު ހުރީ މަސްތުވެގެންވާ ހާލަތުގައިކަން ބަޔާންކޮށް، އެކަމުގެ ހެކި ހުށަހެޅުމަކީ، އެ ކުށްކުރުމަށް ބޭނުންވާ ކުށުގެ ނިޔަތް ނެތިގެންދާނެ ކަމެކެވެ.
(ށ) ފަރުވާކުޑަކަން އޭނާއަށް ނިސްބަތްކުރެވުން
މީހަކު އަމިއްލަ އިހްތިޔާރުގައި މަސްތުވުމުގެ ސަބަބުން، އޭނާ ކުރާ އަމަލަކުން ނުކުމެދާނެ ނަތީޖާ ވިސްނައިގަތުމަށް ނުކުޅެދިއްޖެނަމަ، އަދި މަސްތުވެގެންވާ ހާލުގައި ނެތްނަމަ އެކަން އޭނާއަށް ވިސްނައިގަނެވުނީސްކަމުގައި ވާނަމަ، އޭނާގެ އެ އަމަލަކީ، މި ގާނޫނުގެ 24 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ފަދަ، ފަރުވާކުޑަ އަމަލެއްކަމުގައި ބެލެވޭނެއެވެ.
(ނ) ގަސްދުގައި މަސްތުވުން
އަންނަނިވި ހާލަތްތަކުގައި، މީހަކު މަސްތުވަނީ، އަމިއްލަ އިހްތިޔާރުގައި ކަމުގައި ބެލެވޭނެއެވެ:
- ތިމާއަށް އެނގިހުރެ، ތިމާގެ ހަށިގަނޑަށް ވާސިލުކުރާ މާއްދާއަކުން މަސްތުވުމާއި، އެގޮތަށް އެކަން ކުރުމުން މަސްތުވެދާނެ ކަމާމެދު ފަރުވާކުޑަކޮށްފައިވުން. އެއީ،
އެ މާއްދާ ހަށިގަނޑުގެ ތެރެއަށް ވާސިލުކުރީ ސިއްހީ ލަފާގެ މަތިންކަމުގައި ނުވާނަމަ ނުވަތަ ގާނޫނީ ގޮތުން ހުއްދަ ހާލަތެއްގައި ކަމުގައި ނުވަތަ މައާފު ލިބެނިވި ދިފާއެއްގެ ހާލަތުގައި ކަމުގައިވެސް ނުވާނަމައެވެ. - އޭނާ ބޭނުންކުރި މަސްތުވާއެއްޗެހީގެ މިންވަރަށް ބަލާއިރު އެއީ، ނިސްބަތުންމާ ގިނަ އެއްޗެއްކަމުގައި ނުވިނަމަވެސް، އެ މިންވަރުންވެސް އޭނާ މަސްތުވެދާނެކަން ނުވަތަ އޭނާގެ ހަށިގަނޑުގެ މާއްދިއްޔަތަށް ބަލާއިރު، އެ މިންވަރުގެ މަސްތުވާއެއްޗަކުންވެސް އޭނާ މަސްތުވެފައި ހުރި މިންވަރަށް މަސްތުވެދާނެކަން އޭނާއަށް ގަބޫލުކުރެވިފައި ނުވުން ނުވަތަ ނޭނގުން.
(ރ) މާނަކުރުން
"މަސްތުވުން" ކަމަށްބުނެފައި އެވަނީ ތިމާގެ ހަށިގަނޑަށް ވާސިލުކުރެވޭ އެއްޗެއްގެ ސަބަބުން ތިމާގެ މާއްދީ ނުވަތަ ފިކުރީ ހިއްސުތަކަށް އުނިކަން އައުމަށެވެ.
ހާސިލުކުރަން ގަސްދުކުރި ނުވަތަ ހާސިލުވާނެކަމަށް ހީކުރި ނަތީޖާ،
ނުކުތް ނަތީޖާއާ ތަފާތުވުން
32 ވަނަ މާއްދާ - ހާސިލުކުރަން ގަސްދުކުރި ނުވަތަ ހާސިލުވާނެކަމަށް ހީކުރި ނަތީޖާ، ކުތް ނަތީޖާއާ ތަފާތުވުން
(ހ) މީހަކު ކުރާ އަމަލެއްގެ ސަބަބުން ވަކި ނަތީޖާއެއް ނުކުތުމަކީ އެ ކުށުގެ ނިޔަތް އޮތްކަން ސާބިތުކުރުމަށް މުހިންމު ކަމަކަށްވާ ހިނދު، އަދި އެ ކުށުގެ އަމަލުން ނުކުތް ނަތީޖާއަކީ ނެރުމަށް ގަސްދުކުރި ނަތީޖާކަމަށް ނުވަތަ ނުކުންނާނެކަމަށް ވިސްނާފައިވާ ނަތީޖާކަމަށް ނުވަތަ ނުކުމެދާނެކަމަށް ހީކުރި ނަތީޖާއަށް ނުވިނަމަވެސް، ނުކުތް ނަތީޖާއާއި، ގަސްދުކުރި، ނުވަތަ ވިސްނުމުގައި އޮތް ނުވަތަ ހީކުރި ނަތީޖާއާ ތަފާތުވަނީ، ހަމައެކަނި އަންނަނިވި ހާލަތްތަކުގައި ކަމަށްވާނަމަ، އެ ކުށުގެ ނިޔަތް އޮތް ކަމުގައި ބެލެވޭނެއެވެ.
- ތަފާތު މީހަކަށް ނުވަތަ ތަފާތު މުދަލަކަށް ގެއްލުން ލިބުން ނުވަތަ އަސަރު ފޯރުން؛ ނުވަތަ
- ނުކުތް ނަތީޖާއަކީ ގަސްދުކުރި ނުވަތަ ވިސްނުމުގައި އޮތް ނުވަތަ ނުކުމެދާނެކަމަށް ލަފާކުރެވުނު ނަތީޖާއާ އަޅައިބަލާއިރު އެއް މިންވަރަކަށް ބޮޑު ގެއްލުމެއް ނުވަތަ އަނިޔާއެއް ފޯރުކުރަނިވި ނަތީޖާއަކަށްވުން.
(ށ) މާނަކުރުން
"ނަތީޖާ" ކަމަށް ބުނެފައި އެވަނީ ކުށުގެ ރުކުންތަކުގެ ތެރެއިން ނަތީޖާގެ ރުކުނަށެވެ. އަދި ހާލަތުގެ ރުކުންތަކުގެ ތެރެއިން އެ ނަތީޖާ ސިފަކޮށްދޭ ރުކުންތަކަށެވެ.
ކުށުގެ އަމަލެއް ކުރާއިރު، އެހެން ކުށެއް ކުރަނީކަމުގައި ކުށްހީކުރެވުން
33 ވަނަ މާއްދާ - ކުށުގެ އަމަލެއް ކުރާއިރު، އެހެން ކުށެއް ކުރަނީކަމުގައި ކުށްހީކުރެވުން
މީހަކު ކުށެއް ކުރުމުގައި ތިމާ ހީކުރި ގޮތަށް ހާލަތު އޮތްނަމަ، އެ ކުރި ކުށާ އެއްވަރުގެ ނުވަތަ އެއަށް ވުރެވެސް ބޮޑު ކުށަކުން އެ މީހަކު ކުށްވެރިވާނެކަމަށް ވާނަމަ، މި ގާނޫނުގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދިފާއުގެ ފައިދާއެއް އެ މީހަކަށް ނުލިބޭނެއެވެ.
މާނަކުރުން
34 ވަނަ މާއްދާ - މާނަކުރުން
(ހ) "ނަތީޖާ" އަށް ދީފައިވަނީ މި ގާނޫނުގެ 32 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
(ށ) "މަސްތުވުން" އަށް ދީފައިވަނީ މި ގާނޫނުގެ 31 ވަނަ މާއްދާގެ (ރ) ގައި ދީފައިވާ މާނަކުރުމެވެ.
(ނ) "ނިސްބަތުން ކުޑަ މިންވަރަކަށް ބައިވެރިވި މީހާ" އަށް ދީފައިވަނީ މި ގާނޫނުގެ 30 ވަނަ މާއްދާގެ (ރ) ގެ (4) ވަނަ ނަންބަރުގެ (ii) ގައި ދީފައިވާ މާނަކުރުމެވެ.
(ރ) "އިންތިޒާމުކުރި މީހާ" އަދި "އިސްކޮށް ހަރަކާތްތެރިވި މީހާ" އަށް ދީފައިވަނީ މި ގާނޫނުގެ 30 ވަނަ މާއްދާގެ (ރ) ގެ (4) ވަނަ ނަންބަރުގެ (i) ގައި ދީފައިވާ މާނަކުރުމެވެ.
(ބ) "ބައިވެރިއެއް" އަށް ދީފައިވަނީ މި ގާނޫނުގެ 30 ވަނަ މާއްދާގެ (ރ) ގެ (4) ވަނަ ނަންބަރުގެ iii) ގައި ދީފައިވާ މާނަކުރުމެވެ.
40 ވަނަ ބާބު
ހުއްދަކުރެވިގެންވާ ދިފާއު
40 ވަނަ މާއްދާ - ހުއްދަކުރެވިގެންވާ ދިފާއާ ގުޅޭ އާންމު އުސޫލުތައް
41 ވަނަ މާއްދާ - ހުއްދަ މަގްސަދެއް ހާސިލުކުރުމަށް ކުރާ ނުރަނގަޅު ކަންތައްތައް
42 ވަނަ މާއްދާ - ގާނޫނީ ވާޖިބު އަދާކުރުން
43 ވަނަ މާއްދާ - ގާނޫނު ތަންފީޒު ކުރުމުގެ އިދާރާ
44 ވަނަ މާއްދާ - އެހެން މީހުންގެ ސުލޫކާއި، ރައްކާތެރިކަމާއި، އެހެން މީހުނަށް އަޅާލުމުގެ ޒިންމާ އޮތް ފަރާތްތަކުން ބާރުގެ ބޭނުންކުރުން
45 ވަނަ މާއްދާ - ނަފުސުގެ ދިފާއު
46 ވަނަ މާއްދާ - މުދަލުގެ ދިފާއު
47 ވަނަ މާއްދާ - މާނަކުރުން
ހުއްދަކުރެވިގެންވާ ދިފާއާ ގުޅޭ އާންމު އުސޫލުތައް
40 ވަނަ މާއްދާ - މާނަކުރުން
(ހ) "ހުއްދަކުރެވިގެންވާ ދިފާއު" ނުވަތަ "ހުއްދަ ހާލަތު" ކަމަށް ބުނެފައި އެވަނީ މި ބާބުގައި ކަނޑައަޅާފައިވާ ކޮންމެ ދިފާއަކަށެވެ.
(ށ) ހުއްދަކުރެވިގެންވާ އަމަލެއް ހުއްޓުވައިގެންނުވުން
މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، މީހަކު ކުރާ ހުއްދަ ކުރެވިގެންވާ އަމަލެއް ހުއްޓުވައިގެންނުވާނެއެވެ؛ ނުވަތަ ގާނޫނު ހުއްދަކުރާ ގޮތެއްގެ މަތިން މެނުވީ އެކަމާ ބެހެވިގެންނުވާނެއެވެ.
(ނ) ހުއްދަކުރެވިގެންވާ ދިފާއެއް ބޭނުންކުރެވިދާނެ ފަދަ ހާލަތްތައް އުފަންކުރުވުމަކީ އެ ދިފާއު ނުލިބޭނެ ސަބަބަކަށް ނުވުން
މި ބާބުގެ ދަށުން ހުއްދަވެގެންވާ ދިފާއެއް ބޭނުންކުރެވިދާނެފަދަ ހާލަތެއް މީހަކު އަމިއްލައަށް އުފަންކުރުވުމަކީ އޭނާ ކުރި އަމަލާ ގުޅިގެން އެ ދިފާއުގެ ބޭނުން ނުހިފޭނެ ސަބަބެއް ނޫނެވެ. އެހެންނަމަވެސް، އެ އަމަލަށް، މި މާއްދާގެ (ރ) ގެ ދަށުން އޭނާ ޒިންމާ އުފުލަންޖެހިދާނެއެވެ.
(ރ) ހުއްދަ ދިފާއެއް ބޭނުންކުރެވިދާ ފަދަ ހާލަތެއް ކުށުގެ ނިޔަތެއް އޮވެގެން އުފަންކުރުވުން
- މި މާއްދާގެ (ނ) އެހެން އޮތް ނަމަވެސް، އޭނާގެ އަމިއްލަ ދިފާއުގައި ނުވަތަ އެހެން މީހެއްގެ ދިފާއުގައި، ހުއްދަވެގެންވާ ދިފާއެއް ބޭނުންކުރެވިދާ ފަދަ ހާލަތެއް، ކުށެއް ކުރުމަށްޓަކައި، ކުށުގެ ނިޔަތް އޮވެގެން އުފަންކޮށްފި ހިނދެއްގައި، އޭނާ އެކުރަނީ ކުށެކެވެ.
-
ދިފާއު
މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގެ އުފުލަންޖެހޭ ޒިންމާއަކާ ގުޅިގެން، އާންމު ކޮންމެ ދިފާއެއްގެވެސް ބޭނުންކުރެވިދާނެއެވެ.
(ބ) އެއް ދިފާއަށް ވުރެ ގިނަ ދިފާއުގެ ބޭނުންހިފުން
މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި މެނުވީ، މީހެއްގެ އަމަލަކާ ގުޅިގެން ހުއްދަވެގެންވާ ދިފާއުގެ އެއް ދިފާއަށްވުރެ ގިނަ ދިފާއު ބޭނުންކުރެވޭ ފަދަ ހާލަތެއް ދިމާވެއްޖެނަމަ، އެ ހުރިހާ ދިފާއަކީވެސް އޭނާއަށް ބޭނުންކުރެވިދާނެ ދިފާއެވެ.
(ޅ) ކަނޑައެޅިގެން ބަޔާންކޮށްފައިވާ ދިފާއުތަކަށް އިސްކަންދެވިގެންވުން
ސާބިތުކުރުމަށް ހުށަހަޅާ ދިފާއަކީ، މި ބާބުގެ އެހެން މާއްދާއެއްގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ހުއްދަކުރެވިފައިވާ ދިފާއެއް ކަމަށްވާ ހާލަތްތަކުގައި، ނުވަތަ ހުއްދަކުރެވިފައިވާ ދިފާއުތަކުގެ ތެރެއިން ވަކި ހާއްސަ ދިފާއެއްގައި، މި ގާނޫނުގެ 41 ވަނަ މާއްދާއާއި 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދިފާއުތައް ބޭނުން ނުކުރެވޭނެކަމަށް ދޭހަވާގޮތަށް ބަޔާންކޮށްފައިވާ ހާލަތްތަކުގައި، މި ގާނޫނުގެ 41 ވަނަ މާއްދާއާއި 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދިފާއުތައް ބޭނުމެއް ނުކުރެވޭނެއެވެ.
ހުއްދަ މަގްސަދެއް ހާސިލުކުރުމަށް ކުރާ ނުރަނގަޅު ކަންތައްތައް
41 ވަނަ މާއްދާ - ހުއްދަ މަގްސަދެއް ހާސިލުކުރުމަށް ކުރާ ހުއްދަ އަމަލުތައް
(ހ) އަންނަނިވި ހާލަތްތަކުގައި މީހަކު ކުރާ އަމަލަކީ، ހުއްދަކުރެވިގެންވާ އަމަލެކެވެ:
- އެ އަމަލުކުރީ، ގެއްލުމަކުން ނުވަތަ ނުރަގަނޅު ކަމަކުން އެހެން މީހަކު ސަލާމަތްކޮށްދިނުމަށްޓަކައި، ކޮންމެހެން އެ އަމަލުކުރަންޖެހޭ ހާލަތެއްގައި ކަމުގައިވުން؛
- ދައުވާ އުފުލިގެންވާ ކުށް ކަނޑައަޅާފައިވާ ގާނޫނުން ސަލާމަތްކުރުމަށް ބޭނުންވާ ގެއްލުމާއި ނުރަނގަޅު ކަންތަކަށް ވުރެ، އޭނާ ކުރި އަމަލުން ހުއްޓުވި ގެއްލުމާއި ނުރަގަނޅު އަމަލު ބޮޑުވުން؛ އަދި
- އުފުލިފައިވާ ދައުވާގައި ބޭނުންކުރާ ދިފާއަކީ ދައުވާ އުފުލިފައިވާ ކުށް ކަނޑައަޅާފައިވާ ގާނޫނުގެ މަގްސަދަށް ބަލާއިރު ބޭނުންކުރެވިގެން ނުވާނެ ދިފާއެއްކަން ސާފުކޮށް އެ ގާނޫނުން އެނގެން ނެތުން.
(ށ) މާނަކުރުން
އަންނަނިވި ހާލަތްތަކަކީ، "ބާރުގެ ބޭނުންކުރަން ޖެހޭ ނުވަތަ ވަކި ގޮތަކަށް އަމަލުކުރަން ޖެހޭ ހާލަތްތައް" ކަމަށް ބެލޭނެއެވެ.
- ލިބިދާނޭކަމަށް ބެލެވުނު ގެއްލުން ނުވަތަ، ކޮށްފާނޭކަމަށް ބެލެވުނު ނުރަނގަޅު އަމަލުން ސަލާމަތްވުމަށްޓަކައި ހިންގި އަމަލަކީ ނުވަތަ ކުރިކަމަކީ ފަހުގެ ވަގުތެއްގައި ކުރިކަމަކަށްވާނަމަ، އެ ގެއްލުމުން، ނުވަތަ އެ ނުރަނގަޅު އަމަލުން ސަލާމަތްވެވޭނެ ފުރުސަތު ފަހުން ނުލިބުން؛ އަދި
- ލިބިދާނޭކަމަށް ބެލެވުނު ގެއްލުން ނުވަތަ ކޮށްފާނެކަމަށް ބެލެވުނު ނުރަނގަޅު އަމަލު، އޭނާ އަމަލުކުރި ގޮތަށް ވުރެ ލުއި ގޮތަކަށް އަމަލުކޮށްގެން ހުއްޓުވެން ނެތުން.
ގާނޫނީ ވާޖިބު އަދާކުރުން
42 ވަނަ މާއްދާ - ގާނޫނީ ވާޖިބު އަދާކުރުމަށް ހުއްދަ އަމަލު
މީހަކު ކުރާ އަމަލަކީ އަންނަނިވި ސަބަބުތަކަށްޓަކައި ކުރެވޭ ނުވަތަ އަންނަނިވި ގޮތުގެމަތިން ކުރެވޭ ކަމެއްކަމަށްވާނަމަ، އެއީ ހުއްދަ އަމަލެކެވެ:
(ހ) ދައުލަތުގެ މުވައްޒަފެއްގެ ވާޖިބުތައް ނުވަތަ މަސައްކަތްތައް ބަޔާންކޮށްދީފައިވާ ގާނޫނަކުން، ނުވަތަ އެފަދަ މުވަޒައްފަކަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ބަޔާންކޮށްދީފައިވާ ގާނޫނެއްގެ ދަށުން ކުރި އަމަލަކަށްވުން، ނުވަތަ
(ށ) ގާނޫނީ އެކިއެކި ފިޔަވަޅުތައް އެޅުން ހުއްދަކުރާ ގާނޫނެއްގެ ދަށުން ހުއްދަކުރެވިގެން ނުވަތަ ކުރަންޖެހިގެން ކުރާ އަމަލަކަށްވުން، ނުވަތަ
(ނ) ށަރުއީ ހުކުމެއްގެ ދަށުން، ނުވަތަ އެ އަމުރު ކުރުމުގެ ބާރުލިބިގެންވާ ށަރުއީ ފަނޑިޔާރެއްގެ ނުވަތަ ޓްރައިބިޔުނަލްއެއްގެ އަމުރެއްގެ ދަށުން ހުއްދަ ކުރެވިގެން ކުރާ އަމަލަކަށްވުން، ނުވަތަ
(ރ) ސިފައިންނާ ބެހޭ ގާނޫނެއްގެ ދަށުން، ނުވަތަ ހަނގުރާމަ ކުރުން ހުއްދަކުރާ ގާނޫނެއްގެ ދަށުން ބޭނުންވެގެން ކުރާ ނުވަތަ އެފަދަ ގާނޫނަކުން ހުއްދަކުރެވިގެން ކުރާ އަމަލަކަށްވުން، ނުވަތަ
(ބ) ދައުލަތުގެ ވާޖިބެއް ކަނޑައަޅައިދޭ އެހެންވެސް ގާނޫނެއްގެ ބޭނުމަށްޓަކައި ނުވަތަ އެ ގާނޫނެއްގެ ދަށުން ހުއްދަކުރެވިގެން ކުރާ އަމަލަކަށްވުން.
ގާނޫނު ތަންފީޒު ކުރުމުގެ އިދާރާ
43 ވަނަ މާއްދާ - ގާނޫނު ތަންފީޒު ކުރާ އިދާރާއެއް މުވައްޒަފުން ކުރާ ހުއްދަ އަމަލު
(ހ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް އުނިކަން ނާންނާނެ ގޮތުގެމަތިން އަންނަނިވި ހާލަތްތަކުގައި މީހަކު ކުރާ އަމަލަކީ ހުއްދަކުރެވިގެންވާ އަމަލެވެ:
- ގާނޫނު ހުއްދަކުރާ ގޮތުގެމަތިން މީހަކު ހައްޔަރުކުރުމުގައި، ނުވަތަ ހައްޔަރުކުރުމަށް އެހީތެރިވެދިނުމުގައި؛ ނުވަތަ
- ހައްޔަރުކޮށްފައިވާ މީހަކު ބަންދުން ފިލައިގެން ދިއުން ހުއްޓުވުމުގައި؛ ނުވަތަ
- މީހަކު އަމިއްލައަށް މަރުވުން ހުއްޓުވުމުގައި.
(ށ) މަރުވެދާނެ ފަދަ ގޮތަކަށް ނުވަތަ ބޮޑެތި ޖިސްމާނީ އަނިޔާދެވިދާނެ ފަދަ ގޮތަކަށް ބާރުގެ ބޭނުންކުރުން
މީހަކު މަރުވެދާނެ ފަދަ ގޮތަކަށް، ނުވަތަ މީހަކަށް ބޮޑު ޖިސްމާނީ އަނިޔާ ލިބިދާނެ ފަދަ ގޮތަކަށް، ބާރުގެ ބޭނުންކުރުން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ހުއްދަކުރެވިގެންވާނީ، އެ އަމަލަކީ އެހެން ބަޔަކު މަރުވެގެންދިއުން ނުވަތަ އެހެން ބަޔަކަށް ބޮޑެތި ޖިސްމާނީ އަނިޔާތައް ލިބިގެންދިއުން ހުއްޓުވުމަށްޓަކައި ކުރެވޭ އަމަލެއްކަމުގައި އެ އަމަލުވާނަމައެވެ.
އެހެން މީހުންގެ ސުލޫކާއި، ރައްކާތެރިކަމާއި، އެހެން މީހުނަށް އަޅާލުމުގެ ޒިންމާ އޮތް
ފަރާތްތަކުން ބާރުގެ ބޭނުންކުރުން
44 ވަނަ މާއްދާ - އެހެން މީހުންގެ ސުލޫކާއި، ރައްކާތެރިކަމާއި، އެހެން މީހުނަށް އަޅާލުމުގެ ޒިންމާ އޮތް ފަރާތްތަކުން ބާރުގެ ބޭނުންކުރުން
މީހަކު ބާރުގެ ބޭނުންކުރިކުރުން ގާނޫނުގައި ހުއްދަ ކަމެއްކަމުގައި ބެލެވޭނީ އަންނަނިވި ހާލަތްތަކުގައި އަންނަނިވި މީހުން އެ އަމަލު ކުރާ ނަމައެވެ:
(ހ) އެ މީހަކީ މީހެއްގެ ބައްޕަ ނުވަތަ މަންމަ، ނުވަތަ ގާނޫނީ ބަލަދުވެރިޔާ، ނުވަތަ މުދައްރިސު، ނުވަތަ ކުޑަކުއްޖެއް ކަމުގައި ބެލެވޭ ކުއްޖަކަށް އަޅާލުމާއި އޭނާ ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރެވިފައިވާ މީހެއްކަމުގައިވާ ހާލު، ނުވަތަ އެފަދަ ޒިންމާއޮތް މީހެއްގެ އެދުމުގެ މަތިން އަމަލުކުރަމުންދާ މީހެއްކަމުގައިވާ ހާލު، އެ ބޭނުންކުރާ ބާރަކީ:
- އެފަދަ ކުޑަކުއްޖެއްގެ މައްޗަށް ހިންގާ ބާރެއްކަމުގައި ވުމާއި؛ އަދި
- އެކުއްޖާ ތަބާވާން ޖެހޭ ސުލޫކީ މިންގަނޑަށް ތަބާ ނުވެގެން އެ މިންގަނޑާ ހިލާފުވިޔަނުދިނުމަށްޓަކައި އަޅާ ފިޔަވަޅެއްގައި، ބޭނުންކުރެވޭ ބާރު ހިމެނޭ ގޮތުން، އެކުއްޖާގެ މަސްލަހަތު ހިމާޔަތްކޮށް ދެމެހެއްޓުމަށާއި ރައްކާތެރިކުރުމަށްޓަކައި އެ ބާރުގެ ބޭނުންކުރުމަކީ ބޭނުންތެރިކަމަކަށް ވުމާއި؛ އަދި
- އެގޮތުން ބޭނުންކުރާ ބާރުގެ ސަބަބުން މީހަކު މަރުވުން ފަދަ، ނުވަތަ މީހަކަށް ބޮޑު ޖިސްމާނީ އަނިޔާ ލިބުން ފަދަ، ނުވަތަ ބޮޑެތި ވޭން ލިބުން ފަދަ ނުވަތަ ސިކުނޑީގެ ހާސްކަން ލިބުން ފަދަ ނުވަތަ ލަދުވެތިކަން އިހްސާސްވުން ފަދަ ކަމެއް ކުރިމަތިވެދާނެ މިންވަރަށް ބޭނުންކުރެވޭ ބާރަކަށް ނުވުން؛ ނުވަތަ
(ށ) އެ މީހަކީ ޑޮކްޓަރަކަށް ނުވަތަ ހުއްދަކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކަށް ނުވަތަ އެފަދަ މީހެއްގެ އިރުށާދުގެ މަތިން އެއިން މީހަކަށް އެހީތެރިވަމުންދާ މީހަކަށް ވުމާއި، އަދި؛
- މީހެއްގެ ޖިސްމާނީ ނުވަތަ ސިކުނޑީގެ ސިއްހަތު ހިމާޔަތްކޮށްދީ ރައްކާތެރިކޮށްދިނުމަށްޓަކައި އޭނާއަށް ދޭންޖެހޭކަމަށް ގަބޫލުކުރެވޭ ފަރުވާއެއް ދިނުމަށްޓަކައި ބޭނުންކުރާ ބާރެއް ކަމުގައިވުން؛ އަދި
- އެ މީހަކަށް އެ ފަރުވާ ދެވެނީ:
- އެ މީހާގެ ރުހުމާ އެކުގައި ކަމުގައިވުން؛ ނުވަތަ
- އެ މީހަކީ ޖިސްމާނީ ގޮތުން ބަލާއިރު ނުވަތަ ގާނޫނީ ގޮތުން ބަލާއިރު އަމިއްލައަށް ހުއްދަ ދެވެން ނެތް މީހެއްކަމުގައިވާ ހާލު އޭނާގެ ބެލެނިވެރިއެއްގެ ނުވަތަ ބައްޕަގެ ނުވަތަ މަންމަގެ ނުވަތަ އެފަދަ ރުހުމެއް ދެވިދާނެ ބާރެއް ގާނޫނީ ގޮތުން ލިބިގެންވާ ފަރާތެއްގެ ރުހުމާ އެކުގައި ކަމުގައިވުން؛ ނުވަތަ
- އަންނަނިވި ހާލަތްތަކުގައި ކަނޑައެޅިގެން ލިބިފައިވާ ރުހުމެއްނެތި ކަމުގައިވުން.
(ހހ) އެ ފަރުވާ ދޭންޖެހުނީ ކުއްލިނުރައްކަލުގެ ހާލަތެއްގައި ކަމުގައިވުން؛ އަދި
(ށށ) ހުއްދަދެވޭ ފަދަ މީހަކާ މަށްވަރާކުރާނެ ފުރުސަތު ނެތުން؛ އަދި
(ނނ) އެކަމަކީ، އެކަށީގެންވާ ގޮތުގައި ވިސްނައި އުޅޭ މީހަކު އޭނާގެ މަސްލަހަތު ސަލާމަތްކުރުމަށް ހުއްދަކުރާނެކަމެއްކަމަށް ބެލެވުން؛ ނުވަތަ
(ނ) އޭނާއަކީ މީހުން ބަންދުގައި ތިބޭއިރު ބެލެހެއްޓުމުގެ ޒިންމާ އޮތް މުވައްޒަފަކު ކަމުގައިވުމާއި: އަދި؛
- އޭނާ ބޭނުންކުރި ބާރަކީ މީހުން ބަންދުކުރާ މަރުކަޒެއްގެ ހުއްދަ އުސޫލުތަކާއި ގަވާއިދުތައް ތަންފީޒުކުރުމަށްޓަކައި ބޭނުންކުރަންޖެހޭ ބާރަކަށްވުން؛ އަދި
- މީހަކު މަރުވެދާނެ ފަދަ ގޮތަކަށް ބާރުގެ ބޭނުންކުރާކަމަށް ވާނަމަ އެފަދަ ބާރެއްގެ ބޭނުންކުރުމަކީ މި ބާބުގައި ހުއްދަކުރެވިގެންވާ ކަމަކަށްވުން؛ ނުވަތަ
(ރ) އޭނާއަކީ މަތިންދާބޯޓެއްގެ، ނުވަތަ އިންޖީނުއެޅި އެއްގަމު އުޅަނދެއްގެ، ނުވަތަ ކަނޑުގެ އުޅަނދެއްގެ، ނުވަތަ އެއް ތަނުން އަނެއް ތަނަށް މުދާ ނުވަތަ މީހުން އުފުލުމުގެ އެހެންވެސް ވަސީލަތެއްގެ ސަލާމަތާއި ރައްކާތެރިކަމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ މީހަކަށްވުން؛ ނުވަތަ އެފަދަ މީހެއްގެ އިރުށާދުގެ މަތިން އަމަލުކުރާ މީހެއްކަމަށްވުން؛ އަދި
- ބާރުގެ ބޭނުންކުރަންޖެހެނީ އަންނަނިވި ކަންކަމަށް ހުރަސްއެޅޭ ފަދަ ކަންކަން ހުއްޓުވުމަށް ކަމުގައިވުން:
- އެފަދަ ވަސީލަތެއް ހިންގުން ހުއްޓުވުމަށް ކުރެވޭ މަސައްކަތެއް ހުއްޓުވުމަށް ކަމުގައިވުން؛ ނުވަތަ
- ގާނޫނީ ގޮތުން ހުއްދަ އަމުރެއް ތަންފީޒުކުރުމަށް ކަމުގައިވުން؛ އަދި
- މީހަކު މަރުވެދާނެ ފަދަ ގޮތަކަށް ބާރުގެ ބޭނުންކުރާކަމަށް ވާނަމަ، އެފަދަ ބާރެއްގެ ބޭނުންކުރުމަކީ މި ބާބުގައި ހުއްދަކުރެވިގެންވާ ކަމަކަށްވުން.
(ބ) މާނަކުރުން
- "ގާނޫނީ ބަލަދުވެރިޔާ" ކަމުގައި ބުނެފައި އެވަނީ ގާނޫނީ ގޮތުން ތަސައްރަފެއް ނެތް މީހެއްގެ ފަރާތުން އެކިއެކި ނިންމުންތައް ނިންމުމުގެ ޒިންމާ ހަވާލުވެގެންވާ ފަރާތަކަށެވެ.
- "ހުއްދަކޮށްފައިވާ ސިއްހީ މަސައްކަތްތެރިއެއް" ކަމުގައި ބުނެފައި އެވަނީ ސަރުކާރުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ނުވަތަ އާންމުކޮށް ގަބޫލުކުރެވޭ މެޑިކަލް އިދާރާއަކުން، އޭނާއަކީ ޑަކްޓަރީ ބޭސްކުރެވޭނެ ފެންވަރު ހުރި މީހެއްކަމަށް ކަނޑައަޅައި، ހުއްދަ ދީފައިވާ މީހަކަށެވެ.
ނަފުސުގެ ދިފާއު
45 ވަނަ މާއްދާ - ނަފުސުގެ ދިފާއު
(ހ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް އުނިކަން ނާންނާނެ ގޮތުގެމަތިން، މީހަކު ބާރުގެ ބޭނުންކުރުން ހުއްދަވެގެންވަނީ އަންނަނިވި ހާލަތްތަކުގައި އަންނަނިވި ސަބަބުތަކަށްޓަކައެވެ:
- އަންނަނިވި ފަރާތްތަކާ ދެކޮޅަށް އެހެން މީހަކު ހުއްދަނޫން ގޮތެއްގައި ބާރުގެބޭނުން ކުރާ ހިނދުގައި ނުވަތަ ބާރުގެ ބޭނުންކޮށްފާނެ ކަމަށް ބެލެވޭ ހިނދުގައި ބޭނުންކުރަންޖެހޭ ބާރަކަށްވުން؛
- ތިމާގެ އަމިއްލަ ނަފުސު؛ ނުވަތަ
- އެހެން މީހެއްގެ ނަފުސު؛ އަދި
- ބޭނުންކުރާ ބާރަކީ ކުރިމަތިވާނެކަމަށް ބެލެވޭ ގެއްލުމާ އަޅައިބަލާއިރު ނިސްބަތުން އިތުރަށް ބޭނުންކުރެވުނު ބާރަކަށް ނުވުން.
(ށ) މީހަކު މަރުވެދާ ފަދަ ނުވަތަ މީހަކަށް ޖިސްމާނީ ބޮޑު އަނިޔާ ލިބިދާ ފަދަ މިންވަރަށް ބާރުގެ ބޭނުންކުރުން
މި މާއްދާގެ (ހ) ގެ ދަށުން ހިންގޭ އަމަލެއްގައި ބާރުގެ ބޭނުންކުރުމުގައި މީހަކު މަރުވެދާ ފަދަ ނުވަތަ މީހަކަށް ޖިސްމާނީ ބޮޑު އަނިޔާ ލިބިދާ ފަދަ ގޮތަކަށް ބާރުގެ ބޭނުންކުރުން ހުއްދަވެގެންވާނީ އެފަދަ ބާރެއްގެ ބޭނުންކުރަނީ މީހަކު މަރުވެދާނެކަމުގެ ނުރައްކާ ކުރިމަތިވާ ހިނދުގައި އެ ކަމުން ދިފާއުވުމަށާއި، ބޮޑެތި ޖިސްމާނީ އަނިޔާ ފޯރުކޮށްފާނެ ކަމުގެ ނުރައްކާ ކުރިމަތިވާ ހިނދުގައި އެ ކަމުން ދިފާއުވުމަށާއި، ގަދަކަމުން ޒިނޭ ކޮށްފާނެކަމުގެ ނުރައްކާ ކުރިމަތިވާ ހިނދުގައި އެ ކަމުން ދިފާއުވުމަށެވެ.
(ނ) މާނަކުރުން
- އަންނަނިވި ހާލަތްތަކުގައި ބާރުގެބޭނުންކުރުން ހުއްދަވެގެނެއް ނުވެއެވެ:
- މި ގާނޫނުގެ 2 ވަނަ ބައިގައި ކަނޑައަޅާފައިވާ ކުށެއްގެ، މަގްސަދުގެ ރުކުންތަކުގެ ތެރެއަށް، އެ އަމަލު ފެތުން؛ އަދި
- މި ބާބުގައި ކަނޑައަޅާފައިވާ ދިފާއަކަށް އެ އަމަލު ނުފެތުން
- ބޭނުންވާ މިންވަރަށްވުރެ އިތުރަށް ބާރުގެ ބޭނުންކުރެވިއްޖެކަމުގައި ބެލެވޭނީ އެކަށީގެންވާ ގޮތުގައި ވިސްނައި އުޅޭ މީހެއްގެ ވިސްނުމުގައި، އެއީ ހަމަހަމަވެގެންވާ ގޮތެއްގައި ބޭނުންކުރެވުނު ބާރެއްކަމުގައި ނުބަލާ ހިނދުގައެވެ.
މުދަލުގެ ދިފާއު
46 ވަނަ މާއްދާ - މުދަލުގެ ދިފާއު
(ހ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް އުނިކަމެއް ނާންނާނެ ގޮތުގެމަތިން، މީހަކު ބާރުގެ ބޭނުންކުރުން ހުއްދަވެގެންވަނީ އަންނަނިވި ހާލަތްތަކުގައި އަންނަނިވި ސަބަބުތަކަށްޓަކައެވެ:
- ބާރުގެ ބޭނުންކުރަންޖެހެނީ އެހެން މީހަކު ބާރުގެ ބޭނުންކުރާ ހިނދެއްގައި ނުވަތަ ކޮށްފާނެ ހިނދެއްގައި ނުވަތަ ތިމާގެ ނުވަތަ އެހެން މީހެއްގެ މިލްކުގައިވާ ސަރަހައްދަކަށް ހުއްދައެއްނެތި ވަދެއްޖެ ހިނދެއްގައި، ނުވަތަ މުދަލަކަށް ގޯނާއެއް ކުރާ ހިނދެއްގައި އަންނަނިވި ބާވަތުގެ މުދަލާ ގުޅިގެންނެވެ.
- ތިމާގެ އަމިއްލަ މުދާ؛ ނުވަތަ
- އެހެން ފަރާތެއްގެ މުދާ؛ އަދި
- ބޭނުންކުރާ ބާރަކީ، ކުރިމަތިވާނެ ކަމަށް ބެލެވޭ ގެއްލުމާ އަޅައިބަލާއިރު، ނިސްބަތުން އިތުރަށް ބޭނުންކުރެވުނު ބާރަކަށް ނުވުން.
(ށ) މީހަކު މަރުވެދާ ފަދަ ގޮތަކަށް ނުވަތަ މީހަކަށް ޖިސްމާނީ ބޮޑެތި އަނިޔާ ލިބިދާ ފަދަ ގޮތަކަށް ބާރުގެ ބޭނުންކުރުން
ބާރުގެ ބޭނުންކުރުމުގައި، މީހަކު މަރުވެދާ ފަދަ ގޮތަކަށް ނުވަތަ މީހަކަށް ޖިސްމާނީ ބޮޑު އަނިޔާއެއް ލިބިދާ ފަދަ ގޮތަކަށް މީހެއްގެ މައްޗަށް ބާރުގެ ބޭނުންކުރުމަކީ މުދާ ސަލާމަތްކުރުމުގެ މަގްސަދުގައި އެކަނި ހުއްދަކުރެވިގެންވާ ކަމެއް ނޫނެވެ.
މާނަކުރުން
47 ވަނަ މާއްދާ - މާނަކުރުން
(ހ) "ބަންދުގައި ތިބޭ މީހުން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އުފުލާ މުވައްޒަފު" އަށް ދީފައިވަނީ މި ގާނޫނުގެ 532 ވަނަ މާއްދާގެ (ށ) ގައި "މީހުން ބަންދުގައި ބައިތިއްބާ ތަނެއް ބަލަހައްޓާ މުވައްޒަފު" އަށް ދީފައިވާ މާނަކުރުމެވެ.
(ށ) "ބާރުގެ ބޭނުން އިތުރަށް ކުރެވިއްޖެ ކަމުގައި ބެލުން" އަށް ދީފައިވަނީ މި ގާނޫނުގެ 45 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ނ) "ގާބިލުކަން ނެތް" އަށް ދީފައިވަނީ މި ގާނޫނުގެ 27 ވަނަ މާއްދާގެ (ރ) ގައި ދީފައިވާ މާނަކުރުމެވެ.
(ރ) "ހުއްދަކުރެވިގެންވާ ދިފާއު" އަދި "ހުއްދަ ހާލަތު" އަށް ދީފައިވަނީ މި ގާނޫނުގެ 40 ވަނަ މާއްދާގެ (ހ) ގައި ދީފައިވާ މާނަކުރުމެވެ.
(ބ) "ބާރުގެ ބޭނުންކުރަން ޖެހޭ ނުވަތަ ވަކި ގޮތަކަށް އަމަލުކުރަން ޖެހޭ ހާލަތްތައް" އަށް ދީފައިވަނީ މި ގާނޫނުގެ 41 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
(ޅ) "ދައުލަތުގެ މުވައްޒަފު" އަށް ދީފައިވަނީ މި ގާނޫނުގެ 533 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
(ކ) "ހަށިގަނޑަށް ލިބޭ ބޮޑެތި އަނިޔާ" އަށް ދީފައިވަނީ މި ގާނޫނުގެ 17 ވަނަ މާއްދާގެ (91) ވަނަ ނަންބަރު ގައި ދީފައިވާ މާނަކުރުމެވެ.
(އ) "ހުއްދަވެގެންނުވާ" އަށް ދީފައިވަނީ މި ޤާނޫނުގެ 32 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
50 ވަނަ ބާބު
މައާފު ލިބެނިވި ދިފާއު
50 ވަނަ މާއްދާ - މައާފު ލިބެނިވި ދިފާއާ ގުޅޭ އާންމު އުސޫލުތައް
51 ވަނަ މާއްދާ - އަމިއްލަ އިހްތިޔާރުގައި ނޫން ގޮތަކަށް ކުރެވޭ އަމަލު އަދި އަމިއްލަ އިހްތިޔާރުގައި ނޫން ގޮތަކަށް ނުކޮށް ދޫކޮށްލެވޭ އަމަލު
52 ވަނަ މާއްދާ - ބުއްދިއަށް އުނިކަން ލިބިގެންވުން
53 ވަނަ މާއްދާ - ތަސައްރުފުނުފުދުން
54 ވަނަ މާއްދާ - އަމިއްލަ އިހްތިޔާރުގައި ނޫން ގޮތަކަށް މަސްތުވުން
55 ވަނަ މާއްދާ - ބާރުގެ ބޭނުންކޮށްފާނެކަމުގެ ނުފޫޒު
56 ވަނަ މާއްދާ - ހަމަހެއަށް އުނިކަން އައުން
57 ވަނަ މާއްދާ - އެނގިގެންނުވާ ކަންތައްތަކާއި ކުށްހީގެ މައްޗަށް ގަބޫލުކުރެވޭ ކަންތައްތައް
58 ވަނަ މާއްދާ - ހުއްދަ ދިފާއެއް ލިބިގެންވާކަމަށް ކުށްހީއެއްގައި ގަބޫލުކުރެވުން
59 ވަނަ މާއްދާ - މާނަކުރުން
މައާފު ލިބެނިވި ދިފާއާ ގުޅޭ އާންމު އުސޫލުތައް
50 ވަނަ މާއްދާ - މާނަކުރުން
(ހ) "މައާފު ލިބެނިވި ދިފާއު" ނުވަތަ "މައާފު" ކަމަށް ބުނެފައި އެވަނީ މި ބާބުގައި ކަނޑައަޅާފައިވާ ކޮންމެ ދިފާއަކަށެވެ.
(ށ) މައާފު ލިބެނިވި ދިފާއެއްގެ ހައްގު އޮތް މީހެއްގެ އަމަލު ހުއްޓުވުން
މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، މީހަކު ކުރާ ހުއްދަނޫން އަމަލެއްގެ ސަބަބުން އޭނާއަށް މައާފު ލިބިދެވޭ ލިބިދިނުމަކީ، ގާނޫނު ހުއްދަކުރާ ގޮތެއްގެމަތިން، އޭނާއަށް ނުދީ ހިފެހެއްޓިދާނެ ދިފާއެކެވެ.
(ނ) މައާފު ލިބެނިވި ދިފާއު އެހެން މީހަކާ ހިއްސާނުކުރެވުން
މައާފު ލިބެނިވި ދިފާއެއްގެ ފައިދާ ލިބުން ހައްގުވާ މީހާ ކުށުގެ އަމަލު ހިންގާއިރު އޭނާއަށް ހަމައެކަނި އެހީތެރިވެދިން ކަމަށްޓަކައި، އެގޮތުން އެހީތެރިވެދިން މީހާއަކަށް އެ ދިފާއުގެ ފައިދާއެއް ނުލިބޭނެއެވެ.
(ރ) މއާފު ލިބެނިވި ދިފާއު ބޭނުންކުރެވިދާނެ ފަދަ ހާލަތްތައް އުފަންކުރުވުމަކީ އެ ދިފާއު ނުލިބޭނެ ސަބަބަކަށް ނުވުން
މި ބާބުގެ ދަށުން މައާފު ލިބެނިވި ދިފާއެއް ބޭނުންކުރެވިދާނެ ފަދަ ހާލަތެއް މީހަކު އަމިއްލައަށް އުފަންކުރުވުމަކީ އޭނާ ކުރި އަމަލާ ގުޅިގެން އެ ދިފާއުގެ ބޭނުން ނުހިފޭނެ ސަބަބެއް ނޫނެވެ. އެހެންނަމަވެސް، އެ އަމަލަށް، މި މާއްދާގެ (ބ) ގެ ދަށުން އޭނާ ޒިންމާ އުފުލަން ޖެހިދާނެއެވެ.
(ބ) މައާފު ލިބެނިވި ދިފާއެއް ބޭނުންކުރެވިދާ ފަދަ ހާލަތެއް ކުށުގެ ނިޔަތެއް އޮވެގެން އުފަންކުރުވުން
- މި މާއްދާގެ (ރ) އެހެން އޮތް ނަމަވެސް، އޭނާގެ އަމިއްލަ ދިފާއުގައި ނުވަތަ އެހެން މީހެއްގެ ދިފާއުގައި، މައާފު ލިބެނިވި ދިފާއެއް ބޭނުންކުރެވިދާ ފަދަ ހާލަތެއް، ކުށެއްކުރުމަށްޓަކައި، ކުށުގެ ނިޔަތް އޮވެގެން އުފަންކޮށްފި ހިނދެއްގައި، އޭނާ އެކުރަނީ ކުށެކެވެ.
- ދިފާއު
މި މާއްދާގެ (ބ) ގެ (1) ވަނަ ނަންބަރުގެ ދަށުން އުފުލަންޖެހޭ ޒިންމާއަކާ ގުޅިގެން، އާންމު ކޮންމެ ދިފާއެއްގެވެސް ބޭނުންކުރެވިދާނެއެވެ.
(ޅ) މައާފު ލިބެނިވި ދިފާއެއްގެ ފައިދާ އޮތް ކަމަށް ހީކުރުމަކީ ދިފާއެއް ނޫން
މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، މީހެއްގެ އަމަލަކީ މައާފު ލިބެނިވި ދިފާއުގެ ފައިދާ ލިބިދެވޭނެ އަމަލެއްކަމުގައި ކުށްހީއަކުން އޭނާއަށް ހީވުމަކީ ދިފާއެއް ނޫނެވެ.
އަމިއްލަ އިހްތިޔާރުގައި ނޫން ގޮތަކަށް ކުރެވޭ އަމަލު އަދި އަމިއްލަ އިހްތިޔާރުގައި
ނޫން ގޮތަކަށް ނުކޮށް ދޫކޮށްލެވޭ އަމަލު
51 ވަނަ މާއްދާ - އަމިއްލަ އިހްތިޔާރުގައި ނޫން ގޮތަކަށް ކުރެވޭ އަމަލު އަދި އަމިއްލަ އިހްތިޔާރުގައި ނޫން ގޮތަކަށް ނުކޮށް ދޫކޮށްލެވޭ އަމަލު
މީހަކު ކުރި ކުށެއްގެ ޒިންމާ އެ މީހަކު އުފުލަންޖެހެނީ އަންނަނިވި ހާލަތްތަކުގައިކަމަށް ވާނަމަ، އެ ކުށަކަށް އެ މީހަކަށް މައާފުލިބިގެންވެއެވެ:
(ހ) އޭނާ ކުރި އަމަލަކީ، އެ އަމަލުކުރުމަށް އޭނާގެ އަމިއްލަ އިހްތިޔާރުގައި ނުވަތަ އަމިއްލަ ވިސްނުމުގައި ކަނޑައަޅައިގެން ކުރި އަމަލަކަށް ނުވުން؛ ނުވަތަ
(ށ) އޭނާ ނުކޮށް ދޫކޮށްލި ކަމަކީ، ސިކުނޑީގެ ގޮތުން ނުވަތަ މާއްދީ ގޮތުން އޭނާ ކުރުމަށް ނުކުޅެދިގެންވާ ކަމަކަށްވުން، ނުވަތަ ނުކޮށް ދޫކޮށްލި އަމަލު ކުރުމަކީ އޭނާހުރި ހާލަތުގެ ގޮތުން އޭނާގެ ކިބައިން އެކަށީގެންވާ ގޮތުގައި އުންމީދުކުރެވޭ ކަމެއްކަމުގައި ނުވުން.
ބުއްދިއަށް އުނިކަން ލިބިގެންވުން
52 ވަނަ މާއްދާ - ބުއްދިއަށް އުނިކަން ލިބިގެންވުން
(ހ) ކުށްކުރިމީހާގެ ސިކުނޑިއަށް، ކުށްކުރި ހިނދުގައި ލިބިފައި ހުރި ގެއްލުމެއްގެ ސަބަބުން ނުވަތަ ޖެހިފައި ހުރި ބައްޔެއްގެ ސަބަބުން، އަންނަނިވި ކަންކަން ކުރުމަށް އެ ވަގުތު ނުކުޅެދިގެންވާ މީހާއަކީ އޭނާ ކުރި ކުށަކަށް މައާފުލިބިގެންވާ މީހެކެވެ:
- ކުށުގެ އަމަލުގެ ގޮތުގައި ބެލެވޭ އަމަލުގެ ބާވަތާއި ނަތީޖާ އެކަށީގެންވާ ގޮތުގައި ވިސްނައިގަތުމަށް ނުކުޅެދިގެންވުން؛ ނުވަތަ
- ކުށުގެ އަމަލުގެ ގޮތުގައި ބެލެވޭ އަމަލުގެ ނުރަނގަޅުކަން ވިސްނައިގަތުމަށް ނުކުޅެދިގެންވުން؛ ނުވަތަ
- ކުށުގެ އަމަލުގެ ގޮތުގައި އޭނާ ހިންގި އަމަލު ހުއްޓުމަށްޓަކައި ބާރެއް ހިންގުމަށް ނުކުޅެދިގެންވުން.
އިޖްތިމާއީ މިންގަނޑުތަކާ ދެކޮޅު ށަހްސުތައް އެކަހެރި ކުރެވިގެންވުން
(ށ) މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ސިކުނޑިއަށް ޖެހިފައިވާ ބައްޔެއް ނުވަތަ ނުކުޅެދުމެއްކަމުގައި ބެލެވޭ ކަންކަމުގެ ތެރޭގައި، ހަމައެކަނި ތަކުރާރުކޮށް ކުށްކުރާ ކުށްވެރިންނާއި، އާންމު އިޖްތިމާއީ މިންގަނޑުތަކާ ދެކޮޅު އަމަލުތައް ހިންގާ މީހުންކަމުގައި ބެލެވޭ މީހުންގެ ކިބައިން އެކަނި ހާމަވާ ސިކުނޑީގެ ހާލަތްތަކެއް ހިމެނިގެނެއްނުވެއެވެ.
(ނ) ކުށުން ބަރީއަކޮށް ދޫކުރެވޭ މީހުންގެ ސިއްހީ ހާލަތު ކަށަވަރުކުރުން
މި މާއްދާގެ ދަށުން ކުށުން ބަރީއަކުރެވި ދޫކުރެވޭ މީހަކީ ނަފުސާނީ ބަލިތަކުގެ މަރުކަޒެއްގައި ނުވަތަ ސިކުނޑީގެ ފަރުވާދޭ މަރުކަޒެއްގައި، ބަހައްޓަންޖެހޭ މީހެއްކަން ކަށަވަރުކުރުމަށްޓަކައި ސިއްހީ ގޮތުން ބަލަންޖެހޭ ބެލުންތައް ބެލުމަށްޓަކައި، ހުށަހަޅަންޖެހޭނެ މީހެކެވެ. އެފަދަ ތަނަކަށް ހުށަހަޅައި، ސިއްހީ ގޮތުން ބަލަންޖެހޭ ބެލުމަށްޓަކައި 60 ދުވަހަށްވުރެ ދިގުމުއްދަތެއް ހޭދަވެގެންނުވާނެއެވެ. އެ މުއްދަތު ވާންވާނީ ސިއްހީ ގޮތުން ބަލަންޖެހޭ ބެލުންތައް ބެލުމަށް ހޭދަވާ ވަގުތާއި 60 ދުވަހާ މި ދެ މުއްދަތުގެ ތެރެއިން، ކުރު މުއްދަތަކަށެވެ.
ތަސައްރުފުނުފުދުން
53 ވަނަ މާއްދާ - ތަސައްރުފުނުފުދުމުން މައާފުލިބިގެންވުން
(ހ) ކުށްކުރި މީހާއަކީ، ކުށްކުރި ހިނދުގައި އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއްގައި ހުރި މީހެއްކަމުގައި ވާނަމަ، އޭނާގެ ކުށަކީ މައާފުލިބިގެންވާ ކުށެކެވެ:
- ބޮޑުމީހަކަށް ލިބިގެންވާ ތަސައްރުފުފުދުމުގެ ގާބިލުކަން ލިބިފައިވާ މީހަކަށް ނުވުމާއި، އަދި
- އެ ގާބިލުކަން ނެތުމުގެ ނަތީޖާއެއްގެ ގޮތުން އަންނަނިވި ކަންކަން ކުރުމަށް އޭނާ ނުކުޅެދިގެންވުން:
- ކުށުގެ އަމަލުގެ ގޮތުގައި ބެލެވޭ އަމަލުގެ ބާވަތާއި ނަތީޖާ އެކަށީގެންވާ ގޮތުގައި ވިސްނައިގަތުމަށް ނުކުޅެދިގެންވުން؛ ނުވަތަ
- ކުށުގެ އަމަލުގެ ގޮތުގައި ބެލެވޭ އަމަލުގެ ނުރަނގަޅުކަން ވިސްނައިގަތުމަށް ނުކުޅެދިގެންވުން؛ ނުވަތަ
- ކުށުގެ އަމަލުގެ ގޮތުގައި އޭނާ ހިންގި އަމަލު ހުއްޓުމަށްޓަކައި، ބާރެއް ހިންގުމަށް ނުކުޅެދިގެންވުން
(ށ) ތަސައްރުފުނުފުދޭކަމަށް ބެލުން
- ކުށްކުރި ހިނދު، 15 އަހަރު ފުރިހަމަވެފައިނުވާ ކުއްޖަކީ، މައާފު ލިބެނިވި ދިފާއުގެ ފުރިހަމަ ފައިދާ ލިބިގެންވާ ކުއްޖެއްކަމުގައި ބެލެވޭނެއެވެ.
- މި ގާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުގެ ދަށުން، އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު، ކުށްކުރިއިރު 18 އަހަރު ފުރިހަމަނުވާ ކުއްޖަކީ، މައާފު ލިބެނިވި ދިފާއުގެ ފައިދާ ލިބިގެންވާ ކުއްޖެއްކަމުގައި ބެލެވޭނެއެވެ.
- ކުށް ކުރި މީހާ އެހެން ގޮތަކަށް ސާބިތުނުކުރާހާ ހިނދަކު، ކުށްކުރި ހިނދުގައި 18 އަހަރު ފުރިހަމަވެފައިވާ މީހަކުނަމަ، އެމީހަކު ބެލެވޭނީ ބޮޑު މީހަކާ އެއްފަދައިން ތަސައްރުފު ފުދިފައިވާ މީހެއް ކަމުގައެވެ.
(ނ) އިސްތިސްނާ
ކުށްކުރި ހިނދުގައި 18 އަހަރު ފުރިހަމަނުވާ ކުދިންގެ ތެރެއިން، މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން މައާފު ލިބެނިވި ދިފާއުގެ ފައިދާ ލިބިގެންވާ ކުދިން، އިސްލާމީ ށަރީއަތުގައި ހައްދު ކަނޑައެޅިފައިވާ ކުށްތަކަށް ކުށުގެ ޒިންމާ ނަގަންވާނެއެވެ. އަދި މިފަދަ ކުށްތަކަށް އެކުއްޖެއްގެ މައްޗަށް މި ގާނޫނުގައިވާ ގޮތަށް އަދަބު ކަނޑައަޅަންވާނީ އެކުއްޖެއްގެ އުމުރުން 18 އަހަރު ފުރިހަމަވުމަށްފަހުގައެވެ.
(ރ) ކުޑަކުދިންގެ މައްސަލަތައް ކުޑަކުދިންނަށް ހާއްސަކުރެވިފައިވާ ޖިނާއީ އަދުލުގެ ނިޒާމެއްގެ ތެރެއިން ހިންގުން
ކުށްކުރި ހިނދުގައި 18 އަހަރު ފުރިހަމަނުވާ ކުޑަކުދިންގެ ތެރެއިން، މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން މައާފު ލިބެނިވި ދިފާއުގެ ފައިދާ ލިބިގެންވާ ކުއްޖެއްގެ މައްސަލައިގެ އެހެން ހުރިހާ ށަރުއީ މަރުހަލާތައް ކުރިއަށް ގެންދަންވާނީ ޖިނާއީ އަދުލުގެ އާންމު ނިޒާމުން ބޭރުން ކުޑަކުދިންގެ މައްސަލަތައް ބަލާ ހާއްސަ ނިޒާމެއްގެ ދަށުންނެވެ.
އަމިއްލަ އިހްތިޔާރުގައި ނޫން ގޮތަކަށް މަސްތުވުން
54 ވަނަ މާއްދާ - އަމިއްލަ އިހްތިޔާރުގައި ނޫން ގޮތަކަށް މަސްތުވުން
(ހ) އަމިއްލަ އިހްތިޔާރުގައި ނޫން ގޮތަކަށް މަސްތުވެފައި ހުރުމުގެ ސަބަބުން އަންނަނިވި ކަންކަން ކުރުމަށް ކުށްކުރި ހިނދުގައި ނުކުޅެދިގެންވާ މީހާއަކީ އޭނާ ކުރި ކުށަށް މައާފުލިބިގެންވާ މީހެކެވެ:
- ކުށުގެ އަމަލުގެ ގޮތުގައި ބެލެވޭ އަމަލުގެ ބާވަތާއި ނަތީޖާ އެކަށީގެންވާ ގޮތުގައި ވިސްނައިގަތުމަށް ނުކުޅެދިގެންވުން؛ ނުވަތަ
- ކުށުގެ އަމަލުގެ ގޮތުގައި ބެލެވޭ އަމަލުގެ ނުރަނގަޅުކަން ވިސްނައިގަތުމަށް ނުކުޅެދިގެންވުން؛ ނުވަތަ
- ކުށުގެ އަމަލުގެ ގޮތުގައި އޭނާ ހިންގި އަމަލު ހުއްޓުވުމަށްޓަކައި ބާރެއް ހިންގުމަށް ނުކުޅެދިގެންވުން.
(ށ) އަމިއްލަ އިހްތިޔާރުގައި ނޫން ގޮތަކަށް މަސްތުވުން
އަމިއްލަ އިހްތިޔާރުގައި ނޫންގޮތަކަށް މަސްތުވުންކަމުގައި ބަލާނީ އަންނަނިވި ހާލަތްތަކުގައެވެ:
- އެކަން ކުރިމަތިވީ އޭނާއަށް އެނގުމަކާނުލައި، އޭނާގެ ހަށިގަނޑުގެ ތެރެއަށް ވާސިލުކުރި އެއްޗެއްގެ ސަބަބުން ކަމުގައިވުން؛ ނުވަތަ
- މަސްތުކުރުވި އެއްޗެއްގެ ނިސްބަތަށް ބަލާއިރު، އެއިން އެ ކުރުވި މަސްތަކީ އެއިން އާންމު ގޮތެއްގައި ކުރުވާނެ މަސްތުގެ މިންވަރަށް ވުރެ ބޮޑަށް ވީ މަސްތެއްކަމުގައި ވުމާއި، އޭނާގެ ހަށިގަނޑުގެ ކަންކަން ހުންނަ ގޮތުން އެކަން އެގޮތަށް ވެދާނެކަން އޭނާއަށް ނޭނގި އޮތުމާއި، އަދި އެކަން އޭނާ ދެނެގަންނާނެ އެކަށީގެންވާ ގޮތެއްވެސް ނެތުން.
ބާރުގެ ބޭނުންކޮށްފާނެކަމުގެ ނުފޫޒު
55 ވަނަ މާއްދާ - ބާރުގެ ބޭނުންކޮށްފާނެކަމުގެ ނުފޫޒު
(ހ) ކުށްކުރި ވަގުތު އެ ކުށް ކުރީ އަންނަނިވި ހާލަތްތަކުގައިކަމުގައި ވާނަމަ، އެ ކުށްކުރި މީހާ ކުރި ކުށަށް އޭނާ އަށް މައާފުލިބިގެންވެއެވެ:
- ކުށުގެ އަމަލު ކުރުމަށް އޭނާއަށް މަޖުބޫރުކުރެވިގެންވުން؛
- އެގޮތުން މަޖުބޫރުކުރުވީ، ކުށުގެ އަމަލު ކުރުމަށް ދެކޮޅުހަދައިފިނަމަ، އޭނާއަށް ގެއްލުމެއް ކުރިމަތިވެދާނޭކަމުގެ ބިރު ދައްކުވައިގެންކަމުގައި ވުމާއި، އެކަށީގެންވާ ހަރުދަނާކަމާއެކު ވިސްނާ އެހެން މީހަކަށް އެ ހާލަތުގައި، އެ ގެއްލުމުގެ ބިރު ކުރިމަތިވީނަމަ، އޭނާވެސް އެ ކުށުގެ އަމަލު ކުރާނެ ކަމުގައިވުން.
(ށ) މި ދިފާއު ބޭނުންކުރެވޭ ހުދޫދު
މި މާއްދާގެ (ހ) ގައި ބަޔާންކުރެވިގެންވާ ދިފާއަކީ، މި ގާނޫނުގެ 110 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށުގެ ދައުވާ އުފުލިގެންވާ ހިނދު ބޭނުންކުރެވޭނެ ދިފާއެއް ނޫނެވެ.
ހަމަހެއަށް އުނިކަން އައުން
56 ވަނަ މާއްދާ - ހަމަހެއަށް އުނިކަން އައުން
(ހ) ކުށްކުރި މީހާ، ކުށްކުރި ހިނދުގައި ހުރީ އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއްގައިކަމުގައި ވާނަމަ، އޭނާ އެ ކުރި ކުށަށް މައާފުލިބިގެންވެއެވެ:
- ބައްޔެއްގެ ސަބަބުން މައާފުލިބެނިވި ދިފާއެއް އެމީހަކަށް ލިބޭކަމަށް، މައާފު ލިބެނިވި ދިފާއުތައް ބަޔާންކޮށްފައިވާ މިބާބުގެ އެހެން މާއްދާއެއްގެ ދަށުން ކަނޑައެޅިގެން ބަޔާންކޮށްފައި ނެތް ނުވަތަ ކަނޑައެޅިގެން ދޫކޮށްލައިފައިވެސް ނެތް ހާލަތަކާ ގުޅޭ ގޮތުން، ޓެސްޓުތައް ހަދައިގެން ކަށަވަރުކުރެވެން އޮތް ބައްޔެއް ނުވަތަ އުނިކަމެއް އެމީހެއްގައި ހުރުންކަމަށްވުން؛ އަދި
- އެ އުނިކަން ނުވަތަ ބަލި އެހެން ހުރުމުގެ ސަބަބުން އަންނަނިވި ކަންކަން ކުރުމަށް އޭނާ ނުކުޅެދިގެންވުން؛
(i) ކުށުގެ އަމަލުގެ ގޮތުގައި ބެލެވޭ އަމަލުގެ ބާވަތާއި ނަތީޖާ އެކަށީގެންވާ ގޮތުގައި ވިސްނައިގަތުމަށް ނުކުޅެދިގެންވުން؛ ނުވަތަ
(ii) ކުށުގެ އަމަލުގެ ގޮތުގައި ބެލެވޭ އަމަލުގެ ނުރަނގަޅުކަން ވިސްނައިގަތުމަށް ނުކުޅެދިގެންވުން؛
(iii) ކުށުގެ އަމަލުގެ ގޮތުގައި އޭނާ ހިންގި އަމަލު ހުއްޓުމަށްޓަކައި ބާރެއް ހިންގުމަށް ނުކުޅެދިގެންވުން.
(ށ) އިޖްތިމާއީ މިންގަނޑުތަކާ ދެކޮޅު ށަހްސުތައް އެކަހެރި ކުރެވިގެންވުން
މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި ކަށަވަރުކުރެވިދާނެ ބައްޔެއް ނުވަތަ ނުކުޅެދުމެއްކަމުގައި ބެލެވޭ ކަންކަމުގެ ތެރޭގައި، ހަމައެކަނި ތަކުރާރުކޮށް ކުށްކުރާ ކުށްވެރިންނާއި، އާންމު އިޖްތިމާއީ މިންގަނޑުތަކާ ދެކޮޅު އަމަލުތައް ހިންގާ މީހުންކަމުގައި ބެލެވޭ މީހުންގެ ކިބައިން ފެންނަ ސިކުނޑީގެ ހާލަތުތައް ހިމެނިގެނެއްނުވެއެވެ.
އެނގިގެންނުވާ ކަންތައްތަކާއި ކުށްހީގެ މައްޗަށް ގަބޫލުކުރެވޭ ކަންތައްތައް
57 ވަނަ މާއްދާ - ލިބެންނެތް ގާނޫނެއްގެ ސަބަބުން ކަމެއް އެނގިގެންނުވުން
(ހ) އަންނަނިވި ހާލަތްތަކުގައި ކުރެވޭ ކުށަށް، އެ ކުށްކުރި މީހާއަށް މައާފުލިބިގެންވެއެވެ:
- ކުށްކަމުގައި ބެލެވޭ އަމަލު ހިންގުމުގެ ކުރިން އެ ކުށް ކަނޑައަޅާފައިވާ ގާނޫނު އޭނާއަށް އެނގިފައި ނެތުމާއި، އަދި އެ ގާނޫނަކީ ށާއިއުކުރެވިފައިވާ ގާނޫނަކަށް ނުވުން ނުވަތަ އޭނާއަށް އެ ލިބޭނެ ނުވަތަ ފެންނާނެ ގޮތެއް އެކަށީގެންވާ ގޮތެއްގައި ހަމަޖެއްސިފައިވާ ގާނޫނަކަށް ނުވުން.
- އަދި، މި މާއްދާގެ (ހ) ގެ 1 ގައިވާ ކަންކަމުގެ ނަތީޖާއެއްގެ ގޮތުން، އެ ކުށް ކުރި ވަގުތުގައި އޭނާގެ އެ އަމަލަކީ ގާނޫނުގައި މަނާވެގެންވާ އަމަލެއްކަން އޭނާއަށް އެނގިފައިނުވުން.
(ށ) ގާނޫނު އޮތް ގޮތް ނޫން ގޮތަކަށް ރަސްމީ ގޮތުން ހާމަކުރެވޭ ބަޔާނެއްގެ މައްޗަށް ބުރަވުން
ކުށް ކުރިމީހާ، އެ ކުށް ކޮށްފައިވަނީ އަންނަނިވި ހާލަތުގައިކަމަށް ވާނަމަ، އޭނާއަށް މައާފުލިބިގެންވެއެވެ:
- އޭނާ ކުރި އަމަލު އޭނާ ކުރީ ގާނޫނުގައި ކަމެއްއޮތް ގޮތަށްކަމުގައި އަންނަނިވި ވަސީލަތްތަކުން ވަސީލަތެއްގައި، ރަސްމީ ގޮތުން ހާމަކޮށްފައިވާ ބަޔާނެއްގެ މައްޗަށް އެކަށީގެންވާ ގޮތުގައި ބުރަވެހުރެ ކަމުގައި ވުމާއި، އެ އަމަލު ކުރުމުގެ ފަހުގެ ތާރީހެއްގައި، އެ ބަޔާނުގައި ހާމަކޮށްފައިވާ ހާމަކުރުމަކީ، ރަނގަޅުނޫން ނުވަތަ ކުށް ހާމަކުރުމެއްކަމުގައި ކަނޑައެޅިގެންދިއުން:
- ގާނޫނަކުން؛
- ށަރުއީ ނިންމުމަކުން، ނުވަތަ ށަރުއީ ލަފައަކުން، ނުވަތަ ށަރުއީ ނިޔާއަކުން، ނުވަތަ ށަރުއީ
- އިދާރީ އަމުރަކުން، ނުވަތަ ދެވިފައިވާ ހުއްދައަކުން؛ ނުވަތަ
- ކުށް ކަނޑައަޅާފައިވާ ގާނޫނު ތަރުޖަމާކުރުމާއި، ހިންގުމާއި، ތަންފީޒުކުރުމުގެ ބާރު ގާނޫނީ ހައިސިއްޔަތުން ލިބިގެންވާ ދައުލަތުގެ މުވައްޒަފެއްގެ ރަސްމީ ތަރުޖަމާއަކުން؛ އަދި
- އެކަމުގެ ނަތީޖާއެއްގެ ގޮތުން، އެ ކުށްކުރި ވަގުތުގައި އޭނާ އެ ކުރި އަމަލަކީ ގާނޫނުގައި މަނާވެގެންވާ އަމަލެއްކަން އޭނާއަށް އެނގިފައިނުވުން.
(ނ) އެކަށީގެންވާ ފަރުވާތެރިކަމާއެކު އަމަލުކުރިކަމުގައި ވީނަމަވެސް ގާނޫނު އޮތް ގޮތާ މެދު ކުށްހީއެއް ކުރެވުން
ކުށުގެ އަމަލުކަމުގައި ބެލެވޭ އަމަލު ހިންގި ވަގުތު އޭނާ އެ އަމަލު ކުރީ އަންނަނިވި ހާލަތްތަކުގައިކަމަށް ވާނަމަ އޭނާ އެ ކުރި ކުށަށް އޭނާއަށް މައާފުލިބިގެންވެއެވެ.
- އޭނާއަކީ:
- އޭނާގެ އަމަލުގެ މައްޗަށް އެ ކުށުގެ ދާއިރާ ހިނގާނެ މިންވަރު ދެނެގަތުމަށް އެކަށީގެންވާ ގޮތުގައި އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅި މީހަކު ކަމުގައި ވުމާއި؛ އަދި
- އޭނާގެ އަމަލަކީ ކުށެއް ނޫންކަމަށް އިހްލާސްތެރިކަމާއެކު ތެދުނިޔަތުގައި އޭނާ ގަބޫލުކުރުމާއި، އަދި އެކަން ގަބޫލުކުރި ހާލަތަކީ ގާނޫނަށް ފުރިހަމައަށް ތަބާވާ، ބުއްދިވެރި އެހެން ކޮންމެ މީހަކުވެސް، އެ ހާލަތުގައި ގަބޫލުކުރާނެ ގޮތްކަމަށް ބެލެވުން؛ އަދި
- އެކަމުގެ ނަތީޖާއެއްގެ ގޮތުން އެ ކުށް އޭނާ ކުރިއިރު އެއީ ގާނޫނުގައި މަނާވެގެންވާ އަމަލެއްކަމުގައި އޭނާއަށް އެނގިފައިނުވުން.
(ރ) ހެކީގެ މިންގަނޑު
މި މާއްދާގެ (ނ) ގެ ދަށުން ލިބިދޭ ދިފާއު ލިބިގެންވާކަން ސާބިތުކޮށްދޭންޖެހޭނީ ދައުވާ ރައްދުވާ ފަރާތުންނެވެ. އަދި އެގޮތަށް އޭނާ ސާބިތުކޮށްދޭން ޖެހޭނީ ސާފު އަދި ގަބޫލުކުރެވޭފަދަ ހެކީގެ މައްޗަށް ބިނާކޮށްގެންނެވެ.
ހުއްދަ ދިފާއެއް ލިބިގެންވާކަމަށް ކުށްހީއެއްގައި ގަބޫލުކުރެވުން
58 ވަނަ މާއްދާ - ހުއްދަ ދިފާއެއް ލިބިގެންވާކަމަށް ކުށްހީއެއްގައި ގަބޫލުކުރެވުން
ކުށްކުރި މީހާ އެ ކުށް ކުރީ އަންނަނިވި ހާލަތުގައި ކަމަށް ވާނަމަ، އެ ކުރި ކުށަށް އޭނާއަށް މައާފުލިބިގެންވެއެވެ:
(ހ) މި ގާނޫނުގެ 40 ވަނަ މާއްދާގައި ހުއްދަކުރެވިގެންވާ ދިފާއުތަކުގެ ތެރެއިން ދިފާއަކަށް އޭނާ އަމަލުކުރި ހާލަތު، ފެތޭކަމުގައި އޭނާއަށް ގަބޫލުކުރެވިގެންވުމާއި؛ އަދި
(ށ) އޭނާ ކުށްހީގެ ގޮތުގައި ހީކުރި ހީކުރުމަކީ:
- އޭނާގެ އިހްމާލެއް ނެތް ކަމެއްކަމަށް ވުމާއި؛ ނުވަތަ
- އޭނާ ކުށްހީގެ ގޮތުގައި ހީކުރި ހީކުރުމަކީ އެ ކުށާ ގުޅިގެން ބޭނުންވާ ކުށުގެ ނިޔަތުގެ މިންގަނޑުން ބަލާއިރު:
- އޭނާގެ މައްޗަށް އުފުލިގެންވާ ކުށުގެ ނަތީޖާގެ ރުކުނުގެ މިންގަނޑުން ކުށުގެ ނިޔަތް ކުޑަ އަމަލެއްކަމުގައި ވުމާއި؛ ނުވަތަ
- ނަތީޖާގެ ރުކުނެއް އޭގައި ނުވާކަމަށް ވާނަމަ، ހާލަތުގެ ރުކުނަށް ބަލާއިރުވެސް ނިސްބަތުން ކުޑަ އަމަލަކަށްވުން.
މާނަކުރުން
59 ވަނަ މާއްދާ - މާނަކުރުން
(ހ) "މައާފު ލިބެނިވި ދިފާއު" އަދި "މައާފު" އަށް ދީފައިވަނީ މި ގާނޫނުގެ 50 ވަނަ މާއްދާގެ (ހ) ގައި ދީފައިވާ މާނަކުރުމެވެ.
(ށ) "މަސްތުވުން" އަށް ދީފައިވަނީ މި ގާނޫނުގެ 31 ވަނަ މާއްދާގެ (ރ) ގައި ދީފައިވާ މާނަކުރުމެވެ.
(ނ) "ދައުލަތުގެ މުވައްޒަފު" އަށް ދީފައިވަނީ މި ގާނޫނުގެ 533 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
60 ވަނަ ބާބު
ދައުވާ ކުރުމަށް ހުރަހަކަށް ވެދާނެ ދިފާއު
60 ވަނަ މާއްދާ - ދައުވާ ކުރުމަށް ހުރަހަކަށް ވެދާނެ ދިފާއާ ގުޅޭ އާންމު އުސޫލުތައް
61 ވަނަ މާއްދާ - ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދައުވާ ނުއުފުލައިފިނަމަ ފަހުން ދައުވާ ނުކުރެވުން
62 ވަނަ މާއްދާ - ކުށްވެރިވާކަން ނުވަތަ ކުށްވެރިނުވާކަން ބަޔާންކުރުމަށާއި، ދައުވާ ބަލައިގަތުމަށާއި ކުރެވޭ ހުކުމް ބަލައިގަތުމަށް ނުކުޅެދިގެންވުން
63 ވަނަ މާއްދާ - ޑިޕްލޮމެޓިކް އިމްތިޔާޒު
64 ވަނަ މާއްދާ - ކުރިން ކުށަކަށް ކޮށްފައިވާ ދައުވާ އެ ކުށަށް ފަހުން ކުރާ ދައުވާގެ ހުރަހަކަށްވުން
65 ވަނަ މާއްދާ - ކުރިން އެހެން ކުށަކަށް ކޮށްފައިވާ ދައުވާ އަލުން ކުރާ ދައުވާގެ ހުރަހަކަށްވުން
66 ވަނަ މާއްދާ - ކުރިން ކުރެވުނު ދައުވާ ކުރެވިފައިވަނީ، އެކަމުގެ ބާރުނެތް ކޯޓެއްގައި ކަމަށްވުން، ނުވަތަ މަކަރުވެރި ގޮތުގައި ދައުވާ ރައްދުވާ ފަރާތުން ބޭނުންވެގެން ކަމުގައިވުން، ނުވަތަ އެ ދައުވާގައި ކުށް ސާބިތުކުރި ކުރުން ބާތިލުކަމުގައި ފަހުން ކަނޑައަޅާފައިވާނަމަ، ފަހުން ކުރާ ދައުވާއަށް ހުރަހަކަށް ނުވުން.
67 ވަނަ މާއްދާ - މާނަކުރުން
ދައުވާކުރުމަށް ހުރަހަކަށް ވެދާނެ ދިފާއާ ގުޅޭ އާންމު އުސޫލުތައް
60 ވަނަ މާއްދާ - މާނަކުރުން
(ހ) "ދައުވާކުރުމަށް ހުރަހަކަށް ވެދާނެ ދިފާއު" ކަމަށް ބުނެފައި އެވަނީ، ދައުވާ އުފުލުމަށް ދިފާއަކަށް ނުވަތަ ހުރަހަކަށް ވެދާނެ ކަންކަމަށާއި، ދައުވާ އުފުލުމަށާއި، ދައުވާ ބަލައިގަތުމަށާއި، ދައުވާ ހިންގުމަށާއި، އަދި ހުކުމް ކަނޑައެޅުމަށް ހުރަހަކަށް ވެދާނެކަމަށް މި ބާބުގައި ކަނޑައަޅާފައިވާ ދިފާއަށެވެ.
(ށ) ދައުވާކުރުމަށް ހުރަހަކަށް ވެދާނެ ދިފާއު ނުދީ ހިފެހެއްޓުން
މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، މީހަކު ކުރާ ހުއްދަނޫން އަމަލެއްގެ ސަބަބުން އޭނާއަށް ލިބިދެވޭ ދައުވާކުރުމަށް ހުރަހަކަށް ވެދާނެ ދިފާއަކީ ގާނޫނު ހުއްދަކުރާ ގޮތެއްގެ މަތިން، އޭނާއަށް ނުދީ ހިފެހެއްޓިދާނެ ދިފާއެކެވެ.
(ނ) ދައުވާކުރުމަށް ހުރަހަކަށް ވެދާނެ ދިފާއު ހިއްސާނުކުރެވުން
ދައުވާކުރުމުގައި ހުރަހަކަށް ވެދާނެ ދިފާއެއްގެ ފައިދާ ލިބުން ހައްގުވާ މީހާ ކުށުގެ އަމަލު ހިންގާއިރު އޭނާއަށް ހަމައެކަނި އެހީތެރިވެދިން ކަމަށްޓަކައި، އެގޮތުން އެހީތެރިވެދިން މީހާއަކަށް އެ ދިފާއުގެ ފައިދާއެއް ނުލިބޭނެއެވެ.
(ރ) ދައުވާކުރުމަށް ހުރަހަކަށް ވެދާނެ ދިފާއެއް އޮތް ކަމަށް ކުށްހީއެއްގައި ގަބޫލުކުރެވުމަކީ ދިފާއެއް ނޫނެވެ.
މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، މީހެއްގެ އަމަލަކީ ދައުވާކުރުމަށް ހުރަހަކަށް ވެދާނެ ދިފާއެއް ކަމުގައި ކުށްހީއަކުން އޭނާއަށް ހީވުމަކީ ދިފާއެއް ނޫނެވެ.
ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދައުވާ ނުއުފުލައިފިނަމަ ފަހުން ދައުވާ ނުކުރެވުން
61 ވަނަ މާއްދާ - މުއްދަތު ކަނޑައެޅުން
(ހ) އަންނަނިވި މުއްދަތުތަކުގައި ނުއުފުލޭ ދައުވާއަކީ އެ މުއްދަތު ފަހަނައަޅާ ދިޔުމުން، އުފުލިގެންވާނެ ދައުވާއެއް ނޫނެވެ:
- ޖިނާޔަތުގެ ތެރޭގައި ހިމެނޭ ކުށްކުށުގައި، އެ ކުށް ކުރި ވަގުތުން ފެށިގެން 8 އަހަރުދުވަސް؛ ނުވަތަ
- ޖުނަހުގެ ތެރޭގައި ހިމެނޭ ކުށްކުށުގައި، އެ ކުށް ކުރި ވަގުތުން ފެށިގެން 3 އަހަރުދުވަސް؛
-
ހައްދުގެ ކުށްކުށަށް އިސްތިސްނާ ހާލަތެއް އައުން
މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރު އެހެން އޮތްނަމަވެސް، ޖިނާޔަތުގެ 1 ވަނަ ދަރަޖައިގެ ކުށްތަކާއި، ޖިނާޔަތުގެ 2 ވަނަ ދަރަޖައިގެ ކުށްތަކާއި، މި ގާނޫނުގެ 112 ވަނަ މާއްދާއާއ 120 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ (i) އާއި، 130 ވަނަ މާއްދާއާއި، 131 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރު އަދ (2) ވަނަ ނަންބަރާއި، 140 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރު އަދި (2) ވަނަ ނަންބަރާއި، 141 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރާއި، 210 ވަނަ މާއްދާއިން 216 ވަނަ މާއްދާއަށް ބަޔާންކޮށްފައިވާ ކުށްތަކުގައި ހިމެނޭ ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށްތަކާއި، 220 ވަނަ މާއްދާގައި އޮތް ކުށުގެ ތެރެއިން، ޖިނާޔަތުގެ 4 ވަނަ ދަރަޖަކަމަށް ބަޔާންކޮށްފައިވާ ކުށްތަކާއި، 510 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ކުށްތަކާއި، 611 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށާއި، 620 ވަނަ މާއްދާގެ (ހ) ގ (1) ވަނަ ނަންބަރާއި، 621 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށާއި، 710 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި، 721 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށްތައް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލުން އިސްތިސްނާވެގެންވެއެވެ. (އިސްލާހު ކުރެވިފައި)
(ށ) ދައުވާކުރުމަށް އޮތް މުއްދަތު ހިނގަން ފެށުން
ދައުވާ ކުރުމަށްއޮތް މުއްދަތު ގުނަން ފަށާނީ ކުށްކުރާ ދުވަހުގެ ފަހު ދުވަހުން ފެށިގެންނެވެ. ކުށެއް ކުރެވުނުކަމަށް ބަލާނީ އަންނަނިވި ހާލަތުން ކުރެ ހާލަތެއްގައެވެ:
- ކުށުގެ ރުކުންތަކުގެ ތެރެއިން ހުރިހާ ރުކުނެއް ފުރިހަމަވެގެންދިއުން؛ ނުވަތަ
- ދައުވާ ރައްދުވާ ފަރާތުން ކުރަމުން ދިޔަ ކުށުގެ އަމަލު ނުވަތަ ދައުވާ ރައްދުވާ ފަރާތުން އެހީތެރިވެދެމުން ދިޔަ ކުށުގެ އަމަލު ހުއްޓުމަކަށް ގެނެވޭ ވަގުތުން ފެށިގެން.
(ނ) ދައުވާކުރުމަށް އޮތް މުއްދަތު ހިނގުން ހުއްޓުމަކަށް އައުން
ކުށެއްގެ ދައުވާ ދައުލަތުން އުފުލުމާއެކު، އެ ކުށަކާ ގުޅިގެން، ދައުވާކުރުމަށް އޮތް މުއްދަތު ގުނުން ހުއްޓުމަކަށް އަންނާނެއެވެ.
(ރ) ކުށެއްގެ ދައުވާ ފެށިއްޖެކަމުގައި ބަލާނީ އެ ކުށުގެ ދައުވާގެ ސީގާގެ ލިޔުން ށަރީއަތަށް ހުށަހެޅޭ ތާރީހުގައެވެ.
ކުށްވެރިވާކަން ނުވަތަ ކުށްވެރިނުވާކަން ބަޔާންކުރުމަށާއި، ދައުވާ ބަލައިގަތުމަށާއި ކުރެވޭ ހުކުމް ބަލައިގަތުމަށް ނުކުޅެދިގެންވުން
62 ވަނަ މާއްދާ - ކުށްވެރިވާކަން ނުވަތަ ކުށްވެރިނުވާކަން ބަޔާންކުރުމަށާއި، ދައުވާ ބަލައިގަތުމަށާއި ކުރެވޭ ހުކުމް ބަލައިގަތުމަށް ނުކުޅެދިގެންވުން
(ހ) ދައުވާ ރައްދުވާ މީހާގެ ސިކުނޑީގެ ހާލަތާ ގުޅޭ ގޮތުން ނުވަތަ ޖިސްމާނީ ހާލަތާ ގުޅޭ ގޮތުން، އަންނަނިވި ކަންކަން ކުރުމަށް އޭނާ ނުކުޅެދިގެންވާނަމަ، އޭނާގެ މައްޗަށް ކުރެވޭ ދައުވާގައި އޭނާ ކުށްވެރިވާ ކަމުގައި ނުވަތަ ކުށްވެރިނުވާކަމުގައި ބަޔާންކުރުމަށާއި، އެ ދައުވާ ބަލައިގަތުމަށް އޭނާއަށް އަންގައިގެން ނުވާނެއެވެ. އަދި އޭނާގެ މައްޗަށް ހުކުމެއްވެސް ކަނޑައަޅައިގެން ނުވާނެއެވެ:
- އޭނާގެ މައްޗަށް ކުރެވޭ ދައުވާގެ ބާވަތާއި މަގްސަދު ވިސްނައިގަތުމަށް ނުކުޅެދިގެންވުން؛ ނުވަތަ
- އޭނާގެ ދިފާއުގައި ވާހަކަދެއްކުމަށް އޭނާ ނުކުޅެދިގެންވުން.
(ށ) ދައުވާއެއްނުކޮށް ދައުވާއިން ބަރީއަކުރެވުން
މި މާއްދާގެ ދަށުން ކުށުން ބަރީއަކުރެވި ދޫކުރެވޭ މީހަކީ ނަފުސާނީ ބަލިތަކުގެ މަރުކަޒެއްގައި ނުވަތަ ސިކުނޑީގެ ފަރުވާދޭ މަރުކަޒެއްގައި، ބަހައްޓަންޖެހޭ މީހެއްކަން ކަށަވަރުކުރުމަށްޓަކައި ސިއްހީ ގޮތުން ބަލަންޖެހޭ ބެލުންތައް ބަލާތަނަކަށް، ހުށަހަޅަންޖެހޭނެ މީހެކެވެ. އެފަދަ ތަނަކަށް ހުށަހަޅައި، ސިއްހީގޮތުން ބަލަންޖެހޭ ބެލުންތައް ބެލުމަށްޓަކައި ހޭދަވާ މުއްދަތަކީ ޖުމުލަކޮށް 60 ދުވަހަށް ވުރެ ދިގު މުއްދަތަކަށް ވެގެންނުވާނެއެވެ. އެ މުއްދަތު ވާންވާނީ ސިއްހީ ގޮތުން ބަލަންޖެހޭ ބެލުންތައް ބެލުމަށް ހޭދަވާ ވަގުތާއި 60 ދުވަހާ މި ދެ މުއްދަތުގެ ތެރެއިން، ކުރު މުއްދަތަކަށެވެ.
ޑިޕްލޮމެޓިކް އިމްތިޔާޒު
63 ވަނަ މާއްދާ - ޑިޕްލޮމެޓިކް އިމްތިޔާޒު
ދައުވާ ރައްދުވާ މީހާއަކީ، އަންނަނިވި ހާލަތްތަކުގައި ދައުލަތުން އިމްތިޔާޒްތަކެއް ދީފައިވާ މީހެއްކަމަށް ވާނަމަ، އޭނާގެ މައްޗަށް ކުރެވޭ ދައުވާގައި އޭނާ ކުށްވެރިވާކަމަށް ނުވަތަ ކުށްވެރިނުވާކަމަށް ބަޔާންކުރުމަށާއި، އެ ދައުވާ ބަލައިގަތުމަށް އޭނާއަށް އަންގައިގެންނުވާނެއެވެ. އަދި އެ ދައުވާގައި، އޭނާގެ މައްޗަށް ހުކުމެއްވެސް ކަނޑައަޅައިގެންނުވާނެއެވެ:
(ހ) އޭނާއަކީ ބައިނަލްއަގްވާމީ މުއާހަދާއެއްގެ ދަށުން ދިވެހިސަރުކާރުން ޑިޕްލޮމެޓިކް އިމްތިޔާޒު ދީފައިވާ ފަރާތަކަށްވުން؛ ނުވަތަ
(ށ) އޭނާއަކީ ބޭރު ދައުލަތެއްގެ އިއްޒަތްތެރިއެއްކަމުގައި ވުމުން، ބޭރު ގައުމެއްގެ ސަފީރަކަށް ވުމުން، ނުވަތަ ބައިނަލްއަގްވާމީ މުއާހަދާއެއްގެ ދަށުން ޑިޕްލޮމެޓިކް އިމްތިޔާޒް ދީފައިވާ ބައިނަލްއަގްވާމީ މުއައްސަސާއެއް ތަމްސީލުކުރާ ފަރާތަކަށް ވުމުން.
ކުރިން ކުށަކަށް ކޮށްފައިވާ ދައުވާ އެ ކުށަށް ފަހުން ކުރާ ދައުވާގެ ހުރަހަކަށްވުން
64 ވަނަ މާއްދާ - ކުރިން ކުށަކަށް ކޮށްފައިވާ ދައުވާ އެ ކުށަށް ފަހުން ކުރާ ދައުވާގެ ހުރަހަކަށްވުން
ހިނގައިދިޔަ ވަކި ކަންތައްތަކެއްގެ މައްޗަށް މި ގާނޫނުގެ ވަކި މާއްދާއެއްގެ ދަށުން ދައުވާއެއް އުފުލުމުގައި، ކުރިން ހަމަ އެކަންކަމުގެ މައްޗަށް ހަމަ އެ މާއްދާގެ ދަށުން ދައުވާއެއް ކޮށްފައިވާނަމަ އަދި އެގޮތުން ކޮށްފައިވާ ދައުވާއާ ގުޅިގެން، އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ހިނގާފައިވާނަމަ، އެފަދަ ދެ ވަނަ ދައުވާއެއް އެ ކުށުގެ މައްޗަކަށް ނުކުރެވޭނެއެވެ.
(ހ) އެ ދައުވާ ނިމިގެން ދިޔައީ، ދައުވާ ރައްދުވާ ފަރާތް ކުށުން ބަރީއަކުރެވިގެންކަމަށްވުން؛ ނުވަތަ
(ށ) އެ ދައުވާ ނިމިގެންދިޔައީ ދައުވާ ރައްދުވާ ފަރާތުގެ މައްޗަށް ކުށް ސާބިތުކުރެވިގެންކަމުގައިވުން؛ ނުވަތަ
(ނ)
- އެ ދައުވާ ނިމިގެންދިޔައީ ދައުވާ ރައްދުވާ ފަރާތަށް ފަހިވާގޮތަށް އައި ނިހާއީ އަމުރެއް ނުވަތަ ނިޔާއެއްގެ ދަށުންކަމުގައި ވެފައި، އެ އަމުރު ނުވަތަ ނިޔާ އެކަހެރިކުރެވިފައި ނުވަތަ ބަދަލުކުރެވިފައި ނުވަތަ ދޫކޮށްލެވިފައިނުވުން؛ އަދި
- އޭނާގެ މައްޗަށް އެ ދައުވާ ސާބިތުކުރާކަމަށްވާނަމަ، ހިނގައިދިޔަ ކަންކަމުން ސާބިތުހިފޭ ނުކުތާއަކާއި، ނުވަތަ ކަނޑައެޅިގެން ބަޔާންވެގެންވާ ގާނޫނީ ނުކުތާއަކާ ތައާރުޒުވުން އުފެދޭ ގޮތްވުން.
(ރ) އެ ދައުވާ ހުއްޓާލެވިފައިވަނީ މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަނގަޅުނޫން ގޮތެއްގައިކަމަށްވުން.
(ބ) ރަނގަޅުނޫން ގޮތެއްގައި ދައުވާއެއް ހުއްޓާލުން
މި މާއްދާގެ (ރ) އާއި މި ގާނޫނުގެ 65 ވަނަ މާއްދާގެ (ރ) ގެ މަގްސަދަށްޓަކައި:
- ރަނގަޅުނޫން ގޮތެއްގައި ދައުވާއެއް ހުއްޓާލެވުނީކަމަށް ވާނީ، އެ ދައުވާ ހުއްޓާލެވިފައިވަނީ ކުށުން ބަރީއަކުރުންކަމުގައި ނުހިމެނޭގޮތެއްގައި، ފުރަތަމަ ހެކިވެރިޔާ ހެކިބަސްދިނުމުގެ ހުވާކުރުމާއި، ހުކުމެއް ކުރުމާއި ދެމެދުގައި ކަމުގައިވުން؛
- އަންނަނިވި ހާލަތްތަކުގައި ހުއްޓާލެވޭ ދައުވާއަކީ، ރަނގަޅުނޫން ގޮތުގައި ހުއްޓާލެވިފައިވާ ދައުވާއެއް ކަމުގައެއް ނުބެލޭނެއެވެ:
- ދައުވާ ހުއްޓާލާފައިވަނީ ދައުވާ ރައްދުވާ ފަރާތުގެ ރުހުމާ އެކުގައި ކަމުގައިވުން ނުވަތަ ދައުވާ ހުއްޓާލުމާ ދެކޮޅުހެދުމަށް އޭނާއަށް ލިބިގެންވާ ހައްގު އޭނާ ދޫކޮށްލާފައިވުން؛ ނުވަތަ
- އެގޮތަށް އެ ދައުވާ ހުއްޓާލުމަކީ އަންނަނިވި ސަބަބުތަކަށްޓަކައި ބޭނުން ކަމެއްކަމުގައި ކޯޓަށް ފެނުން:
(ހހ) ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އެ ށަރީއަތް ކުރިއަށް ގެންދިއުމަކީ ކުރެވެން ނެތް ކަމެއް ކަމުގައިވުން؛ ނުވަތަ
(ށށ) ށަރީއަތް ކުރިއަށް ގެންދިއުމުގައި ގާނޫނީ ގޮތުން އުނިކަމެއްކަމަށް ބެލެވޭ ކަމެއް ކުރިމަތިވުމާއި، ނިޔާއެއް އިއްވިކަމުގައި ވިޔަސް، ގާނޫނުގެ މައްޗަށް ބުރަވެ އެ ނިޔާ ބަދަލުކުރެވޭނެ ފުރުސަތު އޮތުން؛ ނުވަތަ
(ނނ) ކޯޓުގައި ނުވަތަ ކޯޓުން ބޭރުގައި ހިނގާ މަސްލަހަތާ ދެކޮޅު އަމަލުތަކެއްގެ ސަބަބުން، ދައުލަތަށް ނުވަތަ ދައުވާ ރައްދުވާ ފަރާތަށް އިންސާފުގެ ކުރިމަތީގައިއޮތް ހަމަހަމަ ހައްގަށް އުނިކަމެއް އަންނާނެ ގޮތުގައި މެނުވީ، އެ ދައުވާ ކުރިއަށް ގެންދިއުމަކީ ކުރެވެން ނެތް ކަމެއް ކަމުގައިވުން.
ކުރިން އެހެން ކުށަކަށް ކޮށްފައިވާ ދައުވާ އަލުން ކުރާ ދައުވާގެ ހުރަހަކަށްވުން
65 ވަނަ މާއްދާ - ކުރިން އެހެން ކުށަކަށް ކޮށްފައިވާ ދައުވާ އަލުން ކުރާ ދައުވާގެ ހުރަހަކަށްވުން
ކުރިން ވަކި ކުށަކަށް ދައުވާއެއް ކުރެވިފައި ވަނިކޮށް، އެ ދައުވާ ބިނާވެފައިވާ އަސާސީ ނުކުތާތަކުގެ ތެރެއިން ތަފާތު ނުކުތާތަކެއްގެ މައްޗަށް، މި ގާނޫނުގެ އެހެން މާއްދާއެއްގެ ދަށުން ދައުވާއެއް އުފުލުމަކީ، ކުރިން ކުރެވިފައިވާ ދައުވާގައި އަންނަނިވި ގޮތްތަކުން ކުރެ ގޮތެއް ދިމާވެފައިވާނަމަ، އެ ދައުވާ ކުރިއަށް ގެންދިއުމަށް އޮތް ހުރަހެކެވެ:
(ހ) ކުރީގެ ދައުވާގައި، ދައުވާ ރައްދުވާ ފަރާތް ކުށުން ބަރީއަކޮށްފައިވާނަމަ ނުވަތަ އޭނާގެ މައްޗަށް ކުށް ސާބިތުވެފައިވާނަމަ، އަދި ފަހުން ކުރަން އުޅޭ ދައުވާއަކީ، ކުރީގެ ދައުވާ ކުރި ވަގުތުގައި ހަމަ އެއް އަމަލެއްގެ މައްޗަށް ބިނާކޮށް ނުވަތަ އެ ކުށުގެ ހާދިސާގެ މައްޗަށް ބިނާކޮށް އެ ދައުވާއާ އެކުގައި ސާބިތުކުރެވިދާނެ ކުށެއް ކަމުގައިވުން. ނަމަވެސް އެއީ، ކޯޓުން އެ ކުށަށް ވަކި ދައުވާއެއް ކުރުމަށް ކަނޑައެޅިގެން އަމުރުކޮށްފައިނުވާނަމައެވެ؛ ނުވަތަ
(ށ) ފަހުން ދައުވާކުރަން އުޅޭ އަމަލުގެ މައްޗަށް ބިނާކޮށް، ކުރީގެ ދައުވާއިން އޭނާ ބަރީއަވެފައިވާނަމަ ނުވަތަ އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވެފައިވާނަމަ، އަންނަނިވި ހާލަތްތަކުން ހާލަތެއް ދިމާނުވާހާހިނދަކު، ކުރިން ކުރި ދައުވާ އޭގެ ފަހުން ކުރާ ދައުވާގެ ހުރަހަކަށް ވާނެއެވެ:
- ދައުވާ ރައްދުވާ ފަރާތުގެ މައްޗަށް ކުރިން ސާބިތުވެފައިވާ ދައުވާއަކީ ނުވަތަ ސާބިތުނުވެގެން ދޫކޮށްލައިފައިވާ ދައުވާއަކީ ފަހުން އޭނާގެ މައްޗަށް ކުރެވޭ ދައުވާއާ އަޅައިބަލާއިރު ހެކީގެ ގޮތުގައި ތަފާތު ދެ ކަމެއް ސާބިތުކުރަންޖެހޭ ދެ ދައުވާއަކަށް ވުމާއި، ކުރިން ދައުވާކުރެވުނު ކުށާއި ފަހުން ދައުވާކުރެވޭ ކުށަކީ ތަފާތު ދެ ގެއްލުމެއް ކުރިމަތިވުމުން ސަލާމަތްކުރުމަށްޓަކައި އޮތް ދެ މާއްދާއެއް ކަމުގައިވުން؛ ނުވަތަ
- ފުރަތަމަ ދައުވާ ފެށުނުއިރު ދެވަނަ ކުށް ފުރިހަމަވެފައި ނުވުން؛ ނުވަތަ
(ނ)
- އެ ދައުވާ ނިމިގެންދިޔައީ، ދައުވާ ރައްދުވާ ފަރާތަށް ފަހިވާ ގޮތަށް އައި ނިހާއީ އަމުރެއް ނުވަތަ ނިޔާއެއްގެ ދަށުންކަމުގައި ވެފައި، އެ އަމުރު ނުވަތަ ނިޔާ އެކަހެރިކުރެވިފައި ނުވަތަ ބަދަލުކުރެވިފައި ނުވަތަ ދޫކޮށްލެވިފައި ނުވުން؛ އަދި
- އޭނާގެ މައްޗަށް އެ ދައުވާ ސާބިތުކުރާކަމަށްވާނަމަ، ހިނގައިދިޔަ ކަންކަމުން ސާބިތުހިފޭ ނުކުތާއަކާ ނުވަތަ ކަނޑައެޅިގެން ބަޔާންވެގެންވާ ގާނޫނީ ނުކުތާއަކާ ތައާރުޒުވުން އުފެދޭގޮތްވުން؛ ނުވަތަ
(ރ) އެ ދައުވާ ހުއްޓާލެވިފައިވަނީ މި ގާނޫނުގެ 64 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެމަތިން ރަނގަޅުނޫން ގޮތުގައިކަމުގައި ވުމާއި، ފަހުން ކުރަން ބޭނުންވާ ދައުވާއަކީ ފުރަތަމަ ދައުވާ އެގޮތަށް ހުއްޓާނުލިނަމަ ދައުވާ ރައްދުވާ ފަރާތުގެ މައްޗަށް ސާބިތުކުރެވިދާނެ ކުށަކާ ގުޅިގެން ކުރެވޭ ދައުވާ އެއްކަމަށްވުން.
ކުރިން ކުރެވުނު ދައުވާ ކުރެވިފައިވަނީ، އެކަމުގެ ބާރުނެތް ކޯޓެއްގައި ކަމަށްވުން، ނުވަތަ މަކަރުވެރި ގޮތުގައި ދައުވާ ރައްދުވާ ފަރާތުން ބޭނުންވެގެން ކަމުގައިވުން، ނުވަތަ އެ ދައުވާގައި ކުށް ސާބިތުކުރި ކުރުން ބާތިލުކަމުގައި ފަހުން
ކަނޑައަޅާފައިވާނަމަ، ފަހުން ކުރާ ދައުވާއަށް ހުރަހަކަށް ނުވުން
66 ވަނަ މާއްދާ - ފަހުން ކުރެވޭ ދައުވާ ކުރިއަށް ގެންދިއުމަށް ހުރަހަކަށް ނުވުން
އަންނަނިވި ހާލަތްތަކުގައި، ފަހުން ކުރެވޭ ދައުވާއަކީ، މި ގާނޫނުގެ 64 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ، ނުވަތަ މި ގާނޫނުގެ 65 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ދައުވާއެއްގެ ސަބަބުން، ކުރިއަށް ނުގެންދެވޭނެ ދައުވާއެއްކަމަކަށް ނުބެލެވޭނެއެވެ.
(ހ) ކުރިން ކުރެވުނު ދައުވާ ކުރެވިފައިވަނީ އެ ކުށުގެ މައްޗަށް ނުވަތަ ދައުވާ ރައްދުވާ ފަރާތުގެ މައްޗަށް އެ ކޯޓުގެ އިހްތިސާސުން ބޭރުގައި ކަމުގައިވުން؛ ނުވަތަ
(ށ) ކުރިން ކުރެވުނު ދައުވާއަކީ ދައުވާ ރައްދުވާ ފަރާތުން ކުރިމަތިކުރުވި ކަމެއްކަމުގައިވުމާއި، ދައުވާކުރުމުގެ ހަގީގީ ބާރު އޮތް ފަރާތަށް އެކަން އެނގިފައި ނެތުމާއި، އެކަން އޭނާ ކުރީ އޭނާގެ މައްޗަށް އަތުވެދާނެ ނިޔާއަކުން ސަލާމަތްވުމުގެ މަގްސަދުގައި ކަމަށްވުން؛ ނުވަތަ
(ނ) ކުރީގެ ދައުވާގައި، އޭނާގެ މައްޗަށް ކުށް ސާބިތުކޮށް އިއްވާފައިވާ ނިޔާއަކީ، ފަހުގެ ށަރުއީ މަޖިލީހަކުން ބާތިލު ނިޔާއެއްކަމުގައި ކަނޑައަޅާފައިވުން.
މާނަކުރުން
67 ވަނަ މާއްދާ – މާނަކުރުން
(ހ) "ރުކުން" އަށް ދީފައިވަނީ މި ގާނޫނުގެ 21 ވަނަ މާއްދާގެ (ހ) ގައި ދީފައިވާ މާނަކުރުމެވެ.
(ށ) "ދައުވާކުރުމަށް ހުރަހަކަށް ވެދާނެ ދިފާއު" އަށް ދީފައިވަނީ މި ގާނޫނުގެ 60 ވަނަ މާއްދާގެ (ހ) ގައި ދީފައިވާ މާނަކުރުމެވެ.
70 ވަނަ ބާބު
ކުންފުނިތަކުގެ ޒިންމާއާއި އިންސާނުން ނޫން އެހެން ވަސީލަތްތަކުގެ ޒިންމާ
70 ވަނަ މާއްދާ - ކުންފުނިތަކާއި ކުންފުނީގެ ގޮތުގައި ރަޖިސްޓަރީކޮށްފައިނުވާ ޖަމާއަތްތަކުގެ ޒިންމާ
71 ވަނަ މާއްދާ - ކުންފުންޏަކާ ނުވަތަ ޖަމާއަތަކާ ގުޅުމެއް އޮތުމަކީ ފަރުދީ ޒިންމާ އުފުލުމަށް އޮތް ހުރަހަކަށް ނުވުން
72 ވަނަ މާއްދާ - މާނަކުރުން
ކުންފުނިތަކާއި ކުންފުނީގެ ގޮތުގައި ރަޖިސްޓަރީކޮށްފައިނުވާ ޖަމާއަތްތަކުގެ ޒިންމާ
70 ވަނަ މާއްދާ - ކުންފުނިތަކާއި ކުންފުނީގެ ގޮތުގައި ރަޖިސްޓަރީކޮށްފައިނުވާ ޖަމާއަތްތަކުގެ ޒިންމާ
(ހ) ކުށުގެ އަމަލަކާ ގުޅޭ ޒިންމާ، ކުންފުންޏަކުން ނުވަތަ ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިނުވާ ޖަމާއަތަކުން އަންނަނިވި ހާލަތްތަކުގައި އުފުލަން ވާނެއެވެ:
- ކުށުގެ އަމަލު ހުއްދަކޮށްފައިވަނީ ނުވަތަ އެ ކުށް ކުރުމަށް އެދިފައިވަނީ ނުވަތަ އެ ކުށް ކުރުމަށް އަމުރުކޮށްފައިވަނީ ނުވަތަ އެ ކުށް ކޮށްފައިވަނީ ޑިރެކްޓަރުންގެ ބޯޑުންކަމުގައިވުން ނުވަތަ އޭނާގެ ވަޒީފާގެ ދާއިރާގެ ތެރޭގައި ހަރަކާތްތެރިވުމުގައި ކުންފުނީގެ ނުވަތަ އެ ޖަމާއަތުގެ ފަރާތުން އިސްވެހުރި ހިންގުންތެރިއަކު ކަމުގައިވުން؛ ނުވަތަ
- ކުށުގެ އަމަލު ކޮށްފައިވަނީ އަންނަނިވި ހާލަތްތަކުގައި އެ ކުންފުނީގެ ނުވަތަ އެ ޖަމާއަތުގެ އޭޖެންޓެއް ކަމުގައިވުން:
(ހހ) ކުންފުނީގެ ފަރާތުން ނުވަތަ އެ ޖަމާއަތުގެ ފަރާތުން؛ އަދި
(ށށ) އޭނާގެ ވަޒީފާގެ ނުވަތަ މަގާމުގެ ދާއިރާގެ ތެރޭގައި ކުރާ އަމަލަކުން ކަމުގައިވުން؛ އަދ - އޭޖެންޓު ކުރާ އެ އަމަލަކީ ކުންފުނިން ނުވަތަ ކުންފުނީގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިނުވާ ޖަމާއަތުން ޒިންމާ އުފުލަންޖެހޭނެ އަމަލެއްކަމުގައި، ނުވަތަ އެފަދަ އޭޖެންޓަކު ކުރާ އަމަލުތަކަށް ކުންފުނި ނުވަތަ ޖަމާއަތް ޒިންމާވާންޖެހޭނެ ހާލަތުތައް، އެހެން ގޮތަކަށް ގާނޫނުގައި ބަޔާންކޮށްފައި ނުވުން؛
- އެ ކުރި ކުށް، ގާނޫނުގައި ދަރަޖަކޮށްފައިވަނީ ޖުނަހްގެ ކުށުގެ ތެރޭގައި ކަމުގައިވުން، ނުވަތަ އެ ކުންފުނީގެ ނުވަތަ ރަޖިސްޓަރީ ކޮށްފައިނުވާ ޖަމާއަތުގެ މުވައްޒަފުން ކުރާ ކުށަށް އެ ކުންފުނި ނުވަތަ ރަޖިސްޓަރީ ކޮށްފައިނުވާ އެ ޖަމާއަތް ޒިންމާވާންޖެހޭނެކަމުގެ ނިޔަތް އޮތްކަން އެ ކުށް ކަނޑައަޅާފައިވާ ގާނޫނުގައި ސާފުކޮށް ފެންނަން އޮތުން؛ ނުވަތަ
- ކުށުގެ އަމަލު ކޮށްފައިވަނީ އަންނަނިވި ހާލަތްތަކުގައި އެ ކުންފުނީގެ ނުވަތަ އެ ޖަމާއަތުގެ އޭޖެންޓެއް ކަމުގައިވުން:
- ކުންފުންޏަކުން ނުވަތަ ޖަމާއަތަކުން ވަކި ގޮތަކަށް ކުރަންޖެހޭނެކަމަށް ގާނޫނެއްގެ ދަށުން ބަޔާންކުރާ އަމަލެއް ނުކޮށް ދޫކޮށްލުމުގެ މައްޗަށް ބިނާވެފައިވާ ކުށަކަށްވުން.
(ށ) އެކަށީގެންވާ ފިޔަވަޅުއެޅިކަމުގެ ދިފާއު
މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ކުރާ ދައުވާއެއްގައި ލިބެން ހުރި ހެކިތަކުގެ މައްޗަށް ބަލާއިރު، ކުށުގެ އަމަލުގެ ގޮތުގައި ހިމެނުނު އަމަލުގެ މައްޗަށް ބެލެހެއްޓުމުގެ ޒިންމާ އޮތް އިސް ހިންގުންތެރިޔާ، އެ ކުށް ހިނގިޔަނުދިނުމަށްޓަކައި އެކަށީގެންވާ ފިޔަވަޅު އަޅާފައިވާކަން ސާބިތުކޮށްދީފިކަމުގައި ވާނަމަ، އެއީ އެ ކުށުގެ ޒިންމާ އުފުލުމަށް ލިބޭ ދިފާއެކެވެ. އެހެންނަމަވެސް އެއީ އަންނަނިވި ހާލަތްތަކުގެ ތެރޭގައި އެ އަމަލު ނުހިމެނޭކަމުގައި ވާނަމައެވެ:
- އެފަދަ ދިފާއެއްގެ ފައިދާ ލިބި ދިނުމަކީ ކުށް ކަނޑައެޅި ގާނޫނުގެ މަގްސަދާ ތައާރުޒުވާ ކަމެއް ކަމުގައިވުން؛
- ކުށް ކަނޑައެޅި ގާނޫނުގައި އެ ކުށާ ގުޅިގެން، ކުށުގެ ނިޔަތް އޮތުން ލާޒިމު ނުކުރުން.
(ނ) މާނަކުރުން
- "ކުންފުނި" ކަމަށް ބުނެފައި އެވަނީ ހިއްސާ އާންމުކޮށް ވިއްކާ ކުންފުނިތަކާއި ހިއްސާ އާންމުކޮށް ނުވިއްކާ ކުންފުނިތަކުގެ ތެރެއިން ކުންފުނި އުފެއްދުމަށް ގާނޫނުގައި ކަނޑައަޅާފައިވާ ކަންކަން ފުރިހަމަކޮށްފައިވާ ކުންފުނިތަކަށެވެ.
- "ކުންފުނީގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިނުވާ ޖަމާއަތެއް" ކަމަށް ބުނެފައި އެވަނީ ޓްރަސްޓާއި، ޕާރޓްނަރށިޕާއި، ސަރުކާރާއި، ސަރުކާރުގެ އެކިއެކި އިދާރާތަކާއި، އިގްތިސާދީ މަސްލަހަތަށްޓަކައި، އެއް ބައެއްގެ ގޮތުގައި، އެކަކު އަނެކަކާ ބައިވެރިވެގެން އުޅޭ ގޮތުގައި، ހަރަކާތްތެރިވާ ދެ މީހުން ނުވަތަ އެއަށް ވުރެ ގިނަ ބަޔަކަށެވެ.
- "އިސް ހިންގުންތެރިޔާ" ކަމަށް ބުނެފައި އެވަނީ، ކުންފުނީގެ ސިޔާސަތު ކަނޑައެޅުމުގައި ނުވަތަ ކުންފުނީގެ އާދައިގެ މުވައްޒަފުން ބެލެހެއްޓުމުގެ ޒިންމާ އުފުލަންޖެހޭ ފަދަ މަގާމެއްގައި ކުންފުންޏެއްގައި ނުވަތަ ކުންފުނީގެ ގޮތުގައި ރަޖިސްޓަރީކޮށްފައިނުވާ ޖަމާއަތެއްގައި ހުންނަ އޮފިސަރަށެވެ. ނުވަތަ އޭޖެންޓަށެވެ.
- "އޭޖެންޓް" ކަމަށް ބުނެފައި އެވަނީ، ކޮންމެ ޑިރެކްޓަރަކަށާއި އޮފިސަރަކަށާއި މުވައްޒަފަކަށާއި އެ ކުންފުންޏެއްގެ ނުވަތަ ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީ ވެފައިނުވާ ޖަމާއަތެއްގެ ފަރާތުން އެއްވެސް ހައިސިއްޔަތަކުން އަމަލެއް ކުރުން ހުއްދަކޮށްފައިވާ ފަރާތްތަކަށެވެ.
ކުންފުންޏަކާ ނުވަތަ ޖަމާއަތަކާ ގުޅުމެއް އޮތުމަކީ ފަރުދީ ޒިންމާ އުފުލުމަށް އޮތް ހުރަހަކަށް ނުވުން
71 ވަނަ މާއްދާ - ކުންފުންޏަކާ ނުވަތަ ޖަމާއަތަކާ ގުޅުމެއް އޮތުމަކީ ފަރުދީ ޒިންމާ އުފުލުމަށް އޮތް ހުރަހަކަށް ނުވުން
(ހ) ކުންފުންޏެއްގެ ނަމުގައި ނުވަތަ ކުންފުނީގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ޖަމާއަތެއްގެ ނަމުގައި މީހަކު ކުރާ ނުވަތަ ކުރުވާ ކުށުގެ އަމަލަކީ، އޭނާގެ އަމިއްލަ ފަރުދީ ހައިސިއްޔަތުންވެސް ޒިންމާ އުފުލަންޖެހޭނެ އަމަލެކެވެ.
(ށ) ކުންފުންޏަކުން ނުވަތަ ކުންފުނީގެ ގޮތުގައި ރަޖިސްޓަރީކޮށްފައިނުވާ ޖަމާއަތަކުން ކޮށްފައިވާ ކުށެއްގެ ޒިންމާ އުފުލަން ޖެހިފައިވާ މީހަކަށް، ވަކިފަރުދަކު އެފަދަ ކުށެއްކޮށްފިނަމަ ދެވޭނެކަމަށް ގާނޫނުގައި ކަނޑައަޅާ އަދަބު ދެވޭނެއެވެ. އަދި އެއީ އެ ކުންފުންޏަށް ނުވަތަ
އެ ޖަމާއަތަށް އެހެން އަދަބެއް ކަނޑައެޅިފައި ވީނަމަވެހެވެ.
މާނަކުރުން
72 ވަނަ މާއްދާ – މާނަކުރުން
(ހ) "އޭޖެންޓް" އަށް ދީފައިވަނީ މި ގާނޫނުގެ 70 ވަނަ މާއްދާގެ (ނ) ގެ (4) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ށ) "ކުންފުނި" އަށް ދީފައިވަނީ މި ގާނޫނުގެ 70 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ނ) "އިސް ހިންގުންތެރިޔާ" އަށް ދީފައިވަނީ މި ގާނޫނުގެ 70 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ރ) "ކުންފުނީގެ ގޮތުގައި ރަޖިސްޓަރީކޮށްފައިނުވާ ޖަމާއަތް" އަށް ދީފައިވަނީ މި ގާނޫނުގެ 70 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
80 ވަނަ ބާބު
ފުރިހަމަނުވާ ކުށް
80 ވަނަ މާއްދާ - ކުށެއް ކުރަން އުޅުން
81 ވަނަ މާއްދާ - ކުށެއް ކުރުމަށް އެދުން
82 ވަނަ މާއްދާ - ކުށްކުރުމަށް ރޭވުން
83 ވަނަ މާއްދާ - ރޭވުމުގައި ބައިވެރިވި މީހެއްގެ މައްޗަށް ދައުވާކުރެވެން ނެތުން ދިފާއަކަށް ނުވުން
84 ވަނަ މާއްދާ - ކުށް އޭނާގެ މައްޗަށް ހިންގުނު މީހާއަށް ލިބިދެވޭ ދިފާއު
85 ވަނަ މާއްދާ - ކުށެއް ކުރުމަށް އެއްބަސްވުމަށްފަހު އެކަން ދޫކޮށްލައި، ކުށުގެ އަމަލު ހިނގިޔަނުދިނުމުން ލިބިދޭ ދިފާއު
86 ވަނަ މާއްދާ - ކުށެއް ކުރުމަށް އުޅުމާއި، ކުށެއް ކުރަން އެދުމާއި، ކުށެއް ކުރުމަށް ރޭވުން ދަރަޖަކުރުން
87 ވަނަ މާއްދާ - ކުށްކުރުމުގެ އާލާތް އަތުގައި ހުރުން
88 ވަނަ މާއްދާ - މާނަކުރުން
ކުށެއް ކުރަން އުޅުން
80 ވަނަ މާއްދާ - ކުށެއް ކުރަން އުޅުން
(ހ) އަންނަނިވި ހާލަތްތަކުގައި މީހަކު ކުރާ އަމަލަކީ ކުށެއް ކުރަން އުޅުމުގެ އަމަލެކެވެ:
- ކުށެއް ކުރުމަށްޓަކައި ކުށުގެ ނިޔަތް އޮތުން؛
- ކުށުގެ އަމަލު ފުރިހަމަކުރުމަށްޓަކައި އެކަށީގެންވާ ފިޔަވަޅެއް އަޅައިފިކަން ރަމްޒުކޮށްދޭފަދަ އަމަލެއް ގަސްދުގައި ކުރުން؛ އަދި އެ އަމަލު ކުރީ ކުށްކުރުމަށް ބޭނުންވާ ހާލަތު ދެމިއޮތްކަމުގައި ގަބޫލުކޮށްގެން ކަމުގައިވުން.
(ށ)
-
އެކަށީގެންވާ ފިޔަވަޅެއް އަޅައިފިކަން ރަމްޒުކޮށްދޭ އަމަލު
ކުށުގެ އަމަލެއް ފުރިހަމަކުރުމަށްޓަކައި އެކަށީގެންވާ ފިޔަވަޅެއް މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައިވާ ފަދައިން މީހަކު އަޅައިފިކަމުގައި ބެލެވޭނީ އެ ކުށުގެ އަމަލު ފުރިހަމަކުރުމަށް އޮތް އޭނާގެ މަގްސަދު އެއަމަލުން ސާފުކޮށް ދަލީލުކޮށްދޭ ނަމައެވެ. -
ކުށެއްގެ އަމަލެއް ފުރިހަމަކުރުމަށްޓަކައި، އެކަށީގެންވާ ފިޔަވަޅެއް އެޅީކަމުގައި ބެލެވިދާނެ އަމަލު
ކުށުގެ އަމަލު ފުރިހަމަކުރުމަށް އޮތް މަގްސަދު ސާފުކޮށް ދަލީލުކޮށްދޭނަމަ، އަންނަނިވި އަމަލުތަކަކީ، ކުށެއްގެ އަމަލެއް ފުރިހަމަކުރުމަށްޓަކައި، އެކަށީގެންވާ ފިޔަވަޅެއް އެޅީކަމުގައި، ގާނޫނީ ގޮތުން ބެލިދާނެ އަމަލުތަކެވެ:- އެ މީހެއްގެ މައްޗަށް ކުށުގެ އަމަލު ހިންގޭ މީހާއަށް އިންތިޒާރުކުރުމާއި، އޭނާ ހޯދުމާއި އޭނާގެ ފަހަތުން ދިޔުން؛
- އެ މީހެއްގެ މައްޗަށް ކުށުގެ އަމަލު ހިންގޭ މީހާ، އެ ކުށް ކުރުމަށް ބޭނުންވާ ތަނަށް ގެންދިއުމަށް ލެންބުން ނުވަތަ ލެންބުމަށް މަސައްކަތްކުރުން؛
- ކުށްކުރަން ބޭނުންވާ ތަން އެ ކަމަށް އެކަށީގެންވޭތޯ ބަލައި އެ ތަނުގެ މައުލޫމާތު ހޯދުން؛
- ކުށުގެ އަމަލު ހިންގުމަށް ބޭނުންވާ ތަނަކީ އިމާރާތެއް ނުވަތަ އުޅަނދެއް ނުވަތަ އެނޫންވެސް ބަންދުކޮށްފައިވާ ތަނަކަށްވެފައި އެ ތަނަކަށް ހުއްދަނެތި ވަނުން؛
- ކުށުގެ އަމަލު ހިންގުމަށް ބޭނުންވާ ސާމާނު އަތުގައި ބެހެއްޓުމާއި، އެ ސާމާނަކީ އެ ކުށުގެ މަގްސަދު ހާސިލުކުރުމަށްޓަކައި ހާއްސަކޮށް ތައްޔާރުކޮށްފައިވާ އެއްޗެއްސަށްވުމާއި އެއިން އެ ހާލަތުގައި ހުއްދަ ބޭނުމެއް ނުކުރެވޭނެ އެއްޗެއްސަށްވުން؛ ނުވަތަ
- ކުށުގެ އަމަލު ހިންގުމަށް ބޭނުންވާ ސާމާނު އަތުގައި ބެހެއްޓުމާއި، ހޯދުމާއި، އެއާ އެއްގޮތް އެއްޗެހި ހޯދުމާއި އަދި އެއްޗެހި ކުށުގެ އަމަލު ހިންގުމަށް ބޭނުންވާ ތަނުގައި ނުވަތަ އެ ތަނާ ކައިރި ހިސާބެއްގައި ބެހެއްޓުމާއި، އެގޮތަށް އެ ސާމާނު ބެހެއްޓުމަކީ އެ ހާލަތުގައި އެނޫން ހުއްދަ ބޭނުމެއް ހިފޭނެ ކަމެއްކަމަށް ނުވުން.
ކުށެއް ކުރުމަށް އެދުން
81 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި އަންނަނިވި އަމަލު ކުރާ މީހާ އެހެން މީހަކު ލައްވާ ކުށެއް ކުރުވުމަށް އެދިއްޖެކަމުގައި ބެލެވޭނެއެވެ:
- މީހަކު އެ އަމަލު ކުރަނީ:
- ކުށެއްކުރުމަށް ބޭނުންވާ ކުށުގެ ނިޔަތް އޮވެގެން ކަމުގައިވުން؛
- އެ ކުށް ކުރުމަށް ހިތްވަރު ދިނުމުގެގޮތުން ނުވަތަ ފަސޭހަކުރުމުގެ ގޮތުންކަމުގައިވުން.
- އަންނަނިވި ބާވަތުގެ އަމަލެއް ކުރީކަމުގައި ބެލެވޭނެ ކަމެއް ކުރުމަށް، އެހެން މީހަކަށް އަމުރުކުރުން، ހިތްވަރު ދިނުން، ނުވަތަ އެހެން މީހެއްގެ ގާތުން އެ ކަމަށް އެދުން:
- ކުށުގެ އަމަލުގެ ގޮތުގައި ބެލެވޭނެ އަމަލަކަށްވުން ނުވަތަ ކުށްކުރަން އުޅުމުގެ އަމަލެއްގެ ގޮތުގައި ބެލެވޭނެ އަމަލަކަށްވުން: ނުވަތަ
- ކުށްކުރުމުގައި ނުވަތަ ކުށްކުރަން އުޅުމުގައި އެހީތެރިވެދީފިކަމަށް ނުވަތަ އެ ކަމުގައި ބައިވެރިވެއްޖެކަމަށް ބެލެވޭނެ ފަދަ އަމަލެއް ކަމުގައިވުން.
(ށ) ކަނޑައެޅިގެން ނުބުނެކުށެއް ކުރުމަށް އެދުން
މި މާއްދާގެ (ހ) ގެ ދަށުން ކުށެއް ކުރުމަށް ސާފު ބަހުން މީހެއް ގާތުން އެދުމަކީ މި މާއްދާގެ (ހ) ގެ ދަށުން ކޮންމެހެން ލާޒިމު ކަމެއް ނޫނެވެ. މީހެއްގެ އަމަލުން އެކަން އަނެކާއަށް އަންގައިދީފި ނަމަވެސް އެ ފުދުނީއެވެ.
ކުށް ކުރުމަށް ރޭވުން
82 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) މީހަކާ އެކު ނުވަތަ އެއަށް ވުރެ ގިނަ ބަޔަކާ އެކު އަންނަނިވި އަމަލުތައް ކުރާ މީހާ، ކުށެއްކުރުމަށް ރޭވީ ކަމުގައި ބެލެވޭނެއެވެ:
- އެ އަމަލު އެކުރަނީ:
- ކުށެއް ކުރުމުގެ ނިޔަތް އޮވެގެން ކަމުގައިވުން؛ އަދި
- އެ މަގްސަދު ހާސިލު ކުރުމަށްޓަކައި ނުވަތަ އެކަން ފަސޭހަކުރުމަށްޓަކައި ކަމުގައިވުން.
- ކުށުގެ އަމަލުގެ ގޮތުގައި ބެލެވޭ އަމަލު ހިންގުމުގައި ބައިވެރިވުމަށް އެހެން މީހަކާ އެކު ނުވަތަ ބަޔަކާ އެކު އެއްބަސްވުން.
- އެ މީހުންގެ ތެރެއިން ކޮންމެވެސް އެކަކު އެރޭވި ރޭވުމުގެ މަގްސަދު ހާސިލުކުރުމަށްޓަކައި ކުރަންޖެހޭ އަމަލެއް ކުރުން.
(ށ) ކުށެއް ކުރަން ރޭވުމުގެ މަގްސަދު
ކުށެއްކުރުމަށް ރޭވުމުގެ މަގްސަދު ކަމުގައި އަންނަނިވި ކަންކަން ހިމެނެއެވެ:
- ކުށްކުރަން ރޭވުމުގެ ސަބަބުން ހިތްވަރު ދިން ނުވަތަ މަގުފަހިކޮށްދިން ކުށް ކުރުން؛
- ކުށްކުރި ތަނުން ފިލުން؛
- ކުށްކޮށްގެން ލިބުނު ފައިދާ ބެހުން؛ އަދި
- ހަނުހުރުން ފިޔަވައި، އެހެން ކޮންމެވެސް އަމަލެއް ކޮށްގެން، އެ ކުށް ކުރިކަން ފޮރުވުން ނުވަތަ އެ ކަމާ ގުޅިގެން އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުން.
(ނ) ކުށެއް ކުރުމަށް ރޭވުމުގައި ބައިވެރިވާ މީހުން
މީހަކު ކުށެއް ކުރުމަށް ރޭވުމުގައި، އެހެން މީހަކު އެ ކަމަށް އެއްބަސްވެއްޖެކަމަށް އެކަށީގެންވާ ގޮތުގައި އޭނާއަށް ބެލެވިއްޖެނަމަ، ނުވަތަ އެ ރޭވުމުގެ މަގްސަދު ހާސިލުކުރުމަށްޓަކައި އެހެން މީހަކާއެކު އެއްބަސްވާނެކަމަށް އެކަށީގެންވާ ގޮތެއްގައި އޭނާއަށް ބެލެވިއްޖެނަމަ، އެ މީހަކީ ކާކުކަން އަދި އޭނާއަށް އެނގިފައި ނެތް ނަމަވެސް، ބެލެވޭނީ އޭނާ އެ މީހާއާ އެ ކަމަށް އެއްބަސްވީ ކަމުގައެވެ.
(ރ) ކުށެއްކުރުމަށް ރޭވި ރޭވުމެއްގެ މުއްދަތު
ކުށެއް ކުރުމަށް ރޭވި ރޭވުމުގެ މަގްސަދު ހާސިލުވުމާ ހަމައަށް ނުވަތަ އެ ރޭވުމާ އެއްގޮތަށް އަމަލުކުރެވެން ނެތުމާ ހަމައަށް ނުވަތަ އެ ރޭވި ރޭވުން ދޫކޮށްލުމާ ހަމައަށް އެ ރޭވުން ދެމިއޮތްކަމުގައި ބެލެވޭނެއެވެ. މި މާއްދާގެ (ހ) ގެ ދަށުން ކުށެއް ކުރާ މީހާ ބެލެވޭނީ، އެ މުއްދަތުގެ ތެރޭގައި އެ ކުށް ރޭވި މީހުންގެ ތެރޭގައި ހިމެނޭ މީހެއްކަމަށެވެ. އަދި އެއީ އޭނާ އެ ކަމުން އަމިއްލައަށް ތަނާޒުލު ނުވާހާހިނދަކުއެވެ.
(ބ) ތަނާޒުލުވުން
ކުށެއް ކުރުމަށް ރޭވުމަށްފަހު މީހަކު އެ ކަމުން ތަނާޒުލުވެއްޖެ ކަމުގައި ބެލެވޭނީ އަންނަނިވި ކަންކަން އެ މީހަކު ކޮށްފިކަމުގައިވާނަމައެވެ:
- އެ ރޭވުމުގައި އޭނާއާއެކު ބައިވެރިވި މީހުންނަށް އެ ރޭވުން އޭނާ ދޫކޮށްލައިފިކަން އެންގުން؛ ނުވަތަ
- އެފަދަ ރޭވުމެއް އޮތްކަން ގާނޫނު ތަންފީޒުކުރުމުގެ އިދާރާތަކަށް އެންގުމާއި އެކަމުގައި އޭނާ ބައިވެރިވިކަންވެސް އެންގުން.
(ޅ) ދޫކޮށްލުން
މި ގާނޫނުގެ 61 ވަނަ މާއްދާ "ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދައުވާ ނުއުފުލައިފިނަމަ ފަހުން ދައުވާ ނުކުރެވުން" ގައި ބަޔާންކޮށްފައިވާ މުއްދަތާ އެއްވަރުގެ މުއްދަތެއްގެ ތެރޭގައި ކުށެއް ކުރުމަށް ރޭވުމަށްފަހު އެ ރޭވި ރޭވުން ދޫކޮށްލިކަމުގައި ބެލެވޭނީ އެ ކުށް ކުރުމުގައި ބައިވެރިވި މީހުންގެ ތެރެއިން އެއްވެސް މީހަކު އެ ރޭވި ރޭވުމުގެ މަގްސަދު ހާސިލުކުރުމަށްޓަކައި ފާޅުވެގެންވާ އެއްވެސް އަމަލެއްކޮށްފިކަމުގައި ނުބެލެވޭ ނަމައެވެ.
(ކ) ތަނާޒުލުވުމަކީ ނުވަތަ ރޭވުމެއް ދޫކޮށްލުމަކީ ދިފާއަކަށް ނުވުން
މި ގާނޫނުގެ 85 ވަނަ މާއްދާ "ކުށެއް ކުރުމަށް އެއްބަސްވުމަށްފަހު އެކަން ދޫކޮށްލައި، ކުށުގެ އަމަލު ހިނގިޔަނުދިނުމުން ލިބޭ ދިފާއު" ގައި ބަޔާންވެގެންވާ ހާލަތުގައި މެނުވީ، ކުށެއް ކުރުމަށް ރޭވުމަށްފަހު އެ ކަމުން ތަނާޒުލުވުމަކީ ނުވަތަ އެކަން ދޫކޮށްލުމަކީ ދިފާއެއް ނޫނެވެ.
ރޭވުމުގައި ބައިވެރިވި މީހެއްގެ މައްޗަށް ދައުވާކުރެވެން ނެތުން ދިފާއަކަށް ނުވުން
83 ވަނަ މާއްދާ - ރޭވުމުގައި ބައިވެރިވި މީހެއްގެ މައްޗަށް ދައުވާކުރެވެން ނެތުން ދިފާއަކަށް ނުވުން
ދައުވާ ރައްދުވާ ފަރާތުން ކުށެއްކުރުމަށް ރޭވި މީހަކީ ނުވަތަ ކުށެއް ކުރުމަށް އެދުނު މީހަކީ، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއްގައިވާ މީހެއްކަމުގައި ވުމަކީ، މި ގާނޫނުގެ 81 ވަނަ މާއްދާ "ކުށެއްކުރުމަށް އެދުން" ގެ ދަށުން ނުވަތަ މި ގާނޫނުގެ 82 ވަނަ މާއްދާ "ކުށެއްކުރުމަށް ރޭވުން" ގެ ދަށުން ކުރެވޭ ދައުވާއެއްގައި ލިބިދެވޭނެ ދިފާއެއް ނޫނެވެ.
(ހ) ދައުވާ އުފުލުމުން އިމްތިޔާޒު ލިބިގެންވާ މީހަކަށްވުން ނުވަތަ އެ ކުށުގެ ދައުވާ އުފުލިފައިވާ ނުވަތަ އެ ކުށުގެ ދައުވާ ސާބިތުވެފައިވާ މީހަކަށް ނުވުން؛
(ށ) އެ ކުށުގެ ދައުވާ، އުފުލި ދައުވާއިން ބަރީއަކުރެވިފައިވާ މީހަކަށްވުން؛
(ނ) އެހެން ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައިވުން، ނުވަތަ އެ ކުށުގެ އެހެން ދަރަޖައެއް އެ މީހާގެ މައްޗަށް ސާބިތުވެފައިވާ މީހަކަށްވުން؛ ނުވަތަ
(ރ) އޭނާއަކީ ށަރީއަތުގެ ބާރު ހިނގާ ހިސާބުން ބޭރުގައިވާ މީހެއް ކަމުގައިވުން.
ކުށް އޭނާގެ މައްޗަށް ހިންގުނު މީހާއަށް ލިބިދެވޭ ދިފާއު
84 ވަނަ މާއްދާ - ކުށް އޭނާގެ މައްޗަށް ހިންގުނު މީހާއަށް ލިބިދެވޭ ދިފާއު
މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، މި ގާނޫނުގެ 81 ވަނަ މާއްދާ "ކުށެއްކުރުމަށް އެދުން" ގެ ދަށުން ނުވަތަ މި ގާނޫނުގެ 82 ވަނަ މާއްދާ "ކުށެއް ކުރުމަށް ރޭވުން" ގެ ދަށުން ކުރެވޭ ދައުވާއެއްގައި، އަންނަނިވި ހާލަތްތައް އެގޮތަށް ދިމާވުމަކީ، ދިފާއެއް ކަމުގައި ބެލެވޭނެއެވެ:
(ހ) ދައުވާ ރައްދުވާ މީހާއަކީ، އެ މީހަކާ މެދު ކުށް ކުރެވުނުމީހާ ކަމުގައިވުން؛ ނުވަތަ
(ށ) ކުށް މާނަކޮށްފައިވާ ގޮތުން، ދައުވާ ރައްދުވާ ފަރާތުން ކުރި އަމަލަކީ، އޭނާގެ އިހްތިޔާރަކާނުލައި ކުރި އަމަލެއް ކަމުގައި ވީނަމަވެސް، ކުށުގެ އަމަލު ފުރިހަމަވީ، އޭނާގެ އަމަލު ހިމެނިގެން ކަމުގައިވުން.
ކުށެއް ކުރުމަށް އެއްބަސްވުމަށްފަހު އެކަން ދޫކޮށްލައި، ކުށުގެ އަމަލު ހިނގިޔަނުދިނުމުން ލިބިދޭ ދިފާއު
85 ވަނަ މާއްދާ - ކުށެއް ކުރުމަށް އެއްބަސްވުމަށްފަހު އެކަން ދޫކޮށްލައި، ކުށުގެ އަމަލު ހިނގިޔަނުދިނުމުން ލިބިދޭ ދިފާއު
(ހ) މި ގާނޫނުގެ 80 ވަނަ މާއްދާ "ކުށެއްކުރަން އުޅުން" އާއި މި ގާނޫނުގެ 81 ވަނަ މާއްދާ "ކުށެއް ކުރުމަށް އެދުން" އާއި މި ގާނޫނުގެ 82 ވަނަ މާއްދާ "ކުށެއްކުރުމަށް ރޭވުން" ގެ ދަށުން ކުރެވޭ ދައުވާއެއްގައި ދައުވާ ރައްދުވާ މީހާގެ ކިބައިގައި އޮތް ކުށުގެ މަގްސަދު މުޅިން ދޫކޮށްލައިފިކަމާއި އެކަން ދޫކޮށްލީ އޭނާގެ އަމިއްލަ އިހްތިޔާރުގައިކަން ރަމްޒުކޮށްދޭ ހާލަތްތަކުގައި، ދައުވާ ރައްދުވާ މީހާ ކުށުގެ އަމަލު ހިނގިޔަނުދީ ހުއްޓުވައިފިކަމުގައި ބެލެވިއްޖެ ހިނދެއްގައި، އޭނާއަށް ދިފާއެއް ލިބިގެންވެއެވެ.
(ށ) އަމިއްލަ އިހްތިޔާރުގައި ފުރިހަމައަށް ދޫކޮށްލާ ދޫކޮށްލުމަކަށްވުން
(ށ) ކުށެއްގެ މަގްސަދު އަންނަނިވި ހާލަތްތަކުގައި ދޫކޮށްލާ ދޫކޮށްލުމަކީ އަމިއްލަ އިހްތިޔާރުގައި ފުރިހަމައަށް ދޫކޮށްލި ދޫކޮށްލުމެއް ކަމުގައެއް ނުބެލެވޭނެއެވެ:
- އެކަން ދޫކޮށްލީ އަންނަނިވިފަދަ ހާލަތެއް އޮތްކަމަށް ގަބޫލުކުރެވިގެން ކަމަށްވުން؛
- އެ ކުށް ކުރާ ކަން އެނގިދާނެކަމުގެ ނުވަތަ އެ ކުށް ކުރަނިކޮށް ހައްޔަރުވެދާނެކަމުގެ ނުވަތަ އެ ކުށުގައި ބައިވެރިވާ އެހެން މީހަކު ހައްޔަރުކޮށްފާނެކަމަށް ގަބޫލުކުރެވޭނެ ފަދަ ހާލަތެއް އޮވެގެންކަމުގައިވުން؛ ނުވަތަ
- އެ ކުށް ކުރުން އިތުރަށް އުނދަގޫވާ ފަދަ ހާލަތެއް ކުރިމަތިވެގެން ކަމުގައިވުން.
- އެކަން ދޫކޮށްލީ އަންނަނިވި ފަދަ ނިންމުމަކާ ގުޅިގެން ކަމުގައިވުން:
- އެ ކުށް ކުރުން އެހެން ވަގުތަކަށް ލަސްކުރަން ނިންމުމަށް ފަހުގައިކަމުގައިވުން؛ ނުވަތަ
- އެހެން މީހަކާ މެދު އެ ކުށް ކުރުމަށް ނިންމުމަށް ފަހުގައިކަމުގައިވުން ނުވަތަ އެ ކުށުގެ މަގްސަދާ އެއްފަދަ އެހެންނަމަވެސް ތަފާތު މަގްސަދެއް ހާސިލުކުރުމަށް ނިންމުމަށް ފަހުގައިކަމުގައިވުން.
(ނ) ސާބިތުކުރުމަށް ބޭނުންވާ ހެކީގެ މިންގަނޑު
މި މާއްދާއިން ލިބިދޭ ދިފާއު ދައުވާ ރައްދުވާ ފަރާތަށް ލިބިދޭކަން ސާބިތުކޮށްދޭނީ އޭނާއެވެ. އެއީ، ލިބިހުރި ހެކި އަޅައިކިއުމަށް ފަހުގައެވެ.
ކުށެއް ކުރުމަށް އުޅުމާއި، ކުށެއް ކުރަން އެދުމާއި، ކުށެއް ކުރުމަށް ރޭވުން ދަރަޖަކުރުން
86 ވަނަ މާއްދާ – ދަރަޖަކުރުން
(ހ) މި ގާނޫނުގެ 80 ވަނަ މާއްދާ "ކުށެއްކުރަން އުޅުން" އާއި މި ގާނޫނުގެ 81 ވަނަ މާއްދާ "ކުށެއްކުރުމަށް އެދުން" އާއި މި ގާނޫނުގެ 82 ވަނަ މާއްދާ "ކުށެއްކުރުމަށް ރޭވުން" ގައި ކަނޑައަޅާފައިވާ ކުށްކުށަކީ ކުރަން އުޅުނު ނުވަތަ ކުރަން އެދުނު ނުވަތަ ކުރުމަށް ރޭވި ކުށުގެ ދަރަޖައަށް ވުރެ އެއް ދަރަޖަ ތިރީގައިވާ ކުށް ކުށެވެ.
(ށ) އަދަބުދިނުމުގައި ބަލާ ނުކުތާތައް
- ކުރަން އުޅުނު ކުށް ކުރުމާ ނުވަތަ ކުރަން އެދުނު ކުށް ކުރުމާ ނުވަތަ ރޭވި ކުށް ކުރުމާ ވަރަށް ގާތަށް ކުށްކުރި މީހާ އައިސްފައިވާކަމަށް ސާބިތުވާނަމަ، އޭނާއަށް ކަނޑައަޅާ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން އެއް ދަރަޖަ އުފުލިގެންވާނެއެވެ.
- ކުށްކުރި މީހާ:
- ކުށް ފުރިހަމަކުރުމަށް ބޭނުންވާ ހުރިހާ އަމަލެއް ފުރިހަމަކޮށްފައިވާނަމަ؛ ނުވަތަ
- އެހެން ބަޔަކާ ގުޅިގެން އެ ކުށް ކުރާއިރު، އޭނާ ކުރަންޖެހޭ ހުރިހާ އަމަލެއް އޭނާ ކޮށްފައިވާނަމަ، އޭނާއަށް ކަނޑައަޅާ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން ދެ ދަރަޖަ އުފުލިގެންވާނެއެވެ.
ކުށްކުރުމުގެ އާލާތް އަތުގައި ހުރުން
87 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) ކުށެއްކުރުމަށް ބޭނުންކުރުމުގެ މަގްސަދުގައި، އެ ކުށް ކުރުމުގައި ބޭނުންކުރާނެ އާލާތް އަތުގައި ބަހައްޓައިފި މީހަކު އެކުރަނީ ކުށެކެވެ.
(ށ) މާނަކުރުން
"ކުށްކުރުމުގެ އާލާތް" ކަމުގައި ބުނެފައި އެވަނީ:
- ކުށެއްކުރުމަށް ބޭނުންކުރުމަށްޓަކައި ހާއްސަކޮށް ތައްޔާރުކޮށްފައިވާ ނުވަތަ އެ މަގްސަދަށްޓަކައި ހާއްސަކޮށް ބަދަލުކޮށްފައިވާ ކޮންމެ އެއްޗަކަށެވެ؛ ނުވަތަ
- އާންމު ގޮތެއްގައި ކުށެއް ކުރުމުގެ ބޭނުމުގައި ގެންގުޅޭ އެއްޗެއްސަށާއި، ކުށުގެ ނިޔަތް ފުރިހަމައަށް ހާމަކޮށްދޭ ފަދަ ހާލަތެއްގައި ގެންގުޅޭ ކޮންމެ އެއްޗަކަށެވެ.
(ނ) ދަރަޖަކުރުން
މި ކުށުގެ ދަރަޖައަކީ ޖުނަހުގެ 1 ވަނަ ދަރަޖައެވެ.
މާނަކުރުން
88 ވަނަ މާއްދާ - މާނަކުރުން
"ކުށްކުރުމުގެ އާލާތް" އަށް ދީފައިވަނީ މި ގާނޫނުގެ 87 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
90 ވަނަ ބާބު
ކުށް ދަރަޖަކުރުމާއި އޭގެ ނަތީޖާ
90 ވަނަ މާއްދާ - ކުށް ދަރަޖަކުރެވިގެންވުން
91 ވަނަ މާއްދާ - ދަރަޖަކޮށްފައިނުވާ ކުށްކުށް
92 ވަނަ މާއްދާ - ޖަލުގައި ބަންދުކުރުމަށް ހުއްދަކުރެވިގެންވާ މުއްދަތު
93 ވަނަ މާއްދާ - ހުއްދަކުރެވިފައިވާ ޖޫރިމަނާގެ އަދަދުތައް
94 ވަނަ މާއްދާ - އެއް ކުށަށް ވުރެ ގިނަ ކުށަށް ދައުވާކުރުން
ކުށް ދަރަޖަކުރެވިގެންވުން
90 ވަނަ މާއްދާ - ކުށް ދަރަޖަކުރުން
މި ގާނޫނުގައި ބަޔާންކޮށްފައިވާ ކޮންމެ ޖިނާއީ ކުށަކީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، ދަރަޖަކުރެވިގެންވާ ކުށެކެވެ:
(ހ) 1ވަނަ ދަރަޖައިގެ ޖިނާޔަތު؛ ނުވަތަ
(ށ) 2ވަނަ ދަރަޖައިގެ ޖިނާޔަތު؛ ނުވަތަ
(ނ) 3ވަނަ ދަރަޖައިގެ ޖިނާޔަތު؛ ނުވަތަ
(ރ) 4ވަނަ ދަރަޖައިގެ ޖިނާޔަތު؛ ނުވަތަ
(ބ) 5ވަނަ ދަރަޖައިގެ ޖިނާޔަތު؛ ނުވަތަ
(ޅ) 1ވަނަ ދަރަޖައިގެ ޖުނަހް؛ ނުވަތަ
(ކ) 2ވަނަ ދަރަޖައިގެ ޖުނަހް؛ ނުވަތަ
(އ) 3ވަނަ ދަރަޖައިގެ ޖުނަހް؛ ނުވަތަ
(ވ) (އުނި ކުރެވިފައި)
(މ) މުހާލަފާތަކީ ޖިނާއީ ކުށެއް ނޫން
މުހާލަފާތަކީ، ޖިނާއީ ކުށެއް ނޫނެވެ. މުހާލަފާތުގެ ކުށެއް ސާބިތުވުމަކުން، ޖިނާއީ ކުށް ސާބިތުވުމުން ނުކުންނަ ބާވަތުގެ ގާނޫނީ ނަތީޖާތަކެއް، ނުނުކުންނާއެވެ.
ދަރަޖަކޮށްފައިނުވާ ކުށްކުށް
91 ވަނަ މާއްދާ - ދަރަޖަކޮށްފައިނުވާ ކުށްކުށް
(ހ) ޖަލުގައި ބަންދުކުރުމުގެ އަންނަނިވި މުއްދަތުތައް ހިމެނިގެންވާ ކުށްކުށަކީ، ތިރީގައި ބަޔާންކޮށްފައި އެވާ ދަރަޖައިގެކުށެވެ:
- 1 އަހަރުދުވަހަށް ވުރެ ދިގު މުއްދަތަކަށް ބަންދުކުރުން ހުއްދަ ކުރާނަމަ، އެއީ، 5 ވަނަ ދަރަޖައިގެ ޖިނާޔަތެކެވެ؛
- 6 މަސް ދުވަހަށްވުރެ ދިގު، އެހެންނަމަވެސް 1 އަހަރު ދުވަހަށްވުރެ ކުރު މުއްދަތަކަށް ބަންދުކުރުން ހުއްދަކުރާނަމަ، އެއީ، 1 ވަނަ ދަރަޖައިގެ ޖުނަހެކެވެ؛
- 6 މަސްދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް، އެހެންނަމަވެސް 3 މަސް ދުވަހަށްވުރެ ދިގު މުއްދަތަކަށް ބަންދުކުރާނަމަ، އެއީ، 2 ވަނަ ދަރަޖައިގެ ޖުނަހެކެވެ؛
- 3 މަސް ދުވަހަށް ވުރެ ކުރު މުއްދަތަކަށް ބަންދުކުރުން ހުއްދަ ކުރާނަމަ، އެއީ، 3 ވަނަ ދަރަޖައިގެ ޖުނަހެކެވެ.
(ށ) ވަކި ކުށަކީ ޖިނާޔަތެއްކަމުގައި، ހަމައެކަނި ބަޔާންކުރާނަމަ، އެއީ:
- 5 ވަނަ ދަރަޖައިގެ ޖިނާޔަތެކެވެ؛
- ވަކި ކުށަކީ، ޖުނަހެއްކަމުގައި ހަމައެކަނި ބަޔާންކުރާނަމަ، އެއީ، 2 ވަނަ ދަރަޖައިގެ ޖުނަހެކެވެ.
(ނ) މުހާލަފާތެއް ކަމުގައި ބެލެވޭނީ އަންނަނިވި ހާލަތްތަކުގައެވެ:
- އެއީ ޖިނާޔަތެއް ކަމުގައި ނުވަތަ ޖުނަހެއްކަމުގައި ކަނޑައެޅިގެން ބަޔާންކޮށްފައިނުވުމާއެކު، އެ ކުށަށް ޖަލުގައި ބަންދުކުރުމުގެ އަދަބެއް ކަނޑައެޅިފައިނުވުން؛
- އެއީ، އެ ކުށްކުރުމުގެ ނިޔަތް އޮތްކަން ސާބިތުކުރަންނުޖެހޭ، ހަމައެކަނި އަމަލު ސާބިތުކުރަންޖެހޭ ކުށަކަށްވުން؛
(ރ) އިހްމާލުގެ ހެކި ސާބިތުވެއްޖެކަމަށް ވާނަމަ މުހާލަފާތަކަށް ވުރެ މަތީ ދަރަޖައެއް ކަނޑައެޅުން
ކުށުގެ ރުކުންތައް ދެނެގަތުމުގައި އިހްމާލުވެފައިވާކަން ދައުވާ ކުރާފަރާތުން ސާބިތުކޮށްދޭ ހާލަތުގައި، ނިޔަތް ސާބިތުކުރަން ނުޖެހި، ހަމައެކަނި އަމަލު ސާބިތުކުރަންޖެހޭ ކުށަކީވެސް މުހާލަފާތަކަށްވުރެ މަތީ ދަރަޖައެއް ކަނޑައަޅަންޖެހިދާނެ ކުށެކެވެ. އެފަދަ ހާލަތެއްގައި، ކުށުގެ ދަރަޖައަކަށްވާނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދަރަޖައެވެ.
ޖަލުގައި ބަންދުކުރުމަށް ހުއްދަކުރެވިގެންވާ މުއްދަތު
92 ވަނަ މާއްދާ - ޖަލުގައި ބަންދުކުރުމަށް ހުއްދަކުރެވިގެންވާ މުއްދަތު
އެހެން ގޮތަކަށް މި ގާނޫނުގައި ބަޔާންކޮށްފައި ނުވާހާހިނދަކު، އަންނަނިވި ކުށްކުށަށް ޖަލުގައި ބަންދުކުރުމަށް ކަނޑައެޅޭ އެންމެ ދިގު މުއްދަތެއްކަމުގައި ބެލެވޭނީ އަންނަނިވި މުއްދަތުތަކެވެ:
(ހ) 1 ވަނަ ދަރަޖައިގެ ޖިނާޔަތަށް "މަރު ނުވަތަ" 25 އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން؛
(ށ) 2 ވަނަ ދަރަޖައިގެ ޖިނާޔަތަށް 15 އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން؛
(ނ) 3 ވަނަ ދަރަޖައިގެ ޖިނާޔަތަށް 8 އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން؛
(ރ) 4 ވަނަ ދަރަޖައިގެ ޖިނާޔަތަށް 4 އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން؛
(ބ) 5 ވަނަ ދަރަޖައިގެ ޖިނާޔަތަށް 2 އަހަރު ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން؛
(ޅ) 1 ވަނަ ދަރަޖައިގެ ޖުނަހަށް 1 އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން؛
(ކ) 2 ވަނަ ދަރަޖައިގެ ޖުނަހަށް 6 މަސްދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން؛
(އ) 3 ވަނަ ދަރަޖައިގެ ޖުނަހަށް 3 މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން؛
(ވ) މުހާލަފާތަކަށް، އެއްވެސް މުއްދަތަކަށް ޖަލުގައި ބަންދުކުރުމުގެ އަދަބެއް ނެތެވެ.
(މ) އެންމެ ދިގު މުއްދަތުގެ އަދަބު ހަމައެކަނި ކުށުގެ އެންމެ ނުރައްކާތެރި ވައްތަރަށް ކަނޑައެޅުން
ކުށަކަށް ކަނޑައަޅާފައިވާ އަދަބުގެ ދަރަޖައިގެ އެންމެ މަތީ ނިސްބަތުގެ އަދަބަކީ، އެ ކުށުގެ އެންމެ ބޮޑު އެންމެ ނުރައްކާތެރި ބާވަތަށް ކަނޑައެޅުން އެކަށީގެންވާ އަދަބެކެވެ.
(ފ) މަރުގެ އުގޫބާތް މީހަކު މެރުމުގެ އެންމެ ނުރައްކާތެރި ބާވަތުގެ ކުށަށް ހާއްސަވެގެންވުން
މަރުގެ އަދަބު ކަނޑައެޅިގެންވަނީ މީހަކު މެރުމުގެ ކުށުގެ ތެރެއިން، ގަސްތުގައި އެންމެ އަނިޔާވެރިކޮށް، އެންމެ އަނިޔާދެނިވި ގޮތެއްގައި މީހަކު މެރުމުގެ ކުށަށެވެ.
ހުއްދަކުރެވިފައިވާ ޖޫރިމަނާގެ އަދަދުތައް
93 ވަނަ މާއްދާ - ހުއްދަކުރެވިފައިވާ ޖޫރިމަނާގެ އަދަދުތައް
މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، އަންނަނިވި ދަރަޖަތަކުގައި ހިމެނޭ ކުށްކުށަށް ކަނޑައަޅާނީ ތިރީގައި ބަޔާންކޮށްފައި އެވާ ޖޫރިމަނާގެ އަދަދުތަކެވެ:
(ހ) ކުރުވި ގެއްލުމުގެ ނުވަތަ ލިބުނު ފައިދާގެ ދެ ގުނަ؛ ނުވަތަ
(ށ)
- 1ވަނަ ދަރަޖައިގެ ޖިނާޔަތަކަށް 2,000,000 ރުފިޔާ؛
- 2ވަނަ ދަރަޖައިގެ ޖިނާޔަތަކަށް 1,000,000 ރުފިޔާ؛
- 3ވަނަ ދަރަޖައިގެ ޖިނާޔަތަކަށް 400,000 ރުފިޔާ؛
- 4ވަނަ ދަރަޖައިގެ ޖިނާޔަތަކަށް 200,000 ރުފިޔާ؛
- 5ވަނަ ދަރަޖައިގެ ޖިނާޔަތަކަށް 100,000 ރުފިޔާ؛
- 1ވަނަ ދަރަޖައިގެ ޖުނަހަކަށް 50,000 ރުފިޔާ؛
- 2ވަނަ ދަރަޖައިގެ ޖުނަހަކަށް 24,000 ރުފިޔާ؛
- 3ވަނަ ދަރަޖައިގެ ޖުނަހަކަށް 12,000 ރުފިޔާ؛
- މުހާލަފާތަކަށް 4,000 ރުފިޔާ.
(ނ) އެކިއެކި ކުންފުނިތަކުން ދައްކަން ޖެހޭ ޖޫރިމަނާ
ކުންފުންޏަކުން ކުރާ ކުށަކާ ގުޅިގެން އެ ކުންފުންޏެއް ޖޫރިމަނާކުރެވޭނެ އެންމެ ބޮޑު އަދަދަކީ، މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ފަރުދަކު ދައްކަންޖެހޭ ޖޫރިމަނާގެ ދެ ގުނައެވެ.
އެއް ކުށަށް ވުރެ ގިނަ ކުށަށް ދައުވާކުރުން
94 ވަނަ މާއްދާ - އެއް ކުށަށް ވުރެ ގިނަ ކުށްސާބިތުވުން
(ހ) ދައުވާ ރައްދުވާ ފަރާތުން ކުރާ ކުށުގެ އެއް އަމަލުގެ ސަބަބުން، އެއް ކުށަށް ވުރެ ގިނަ ކުށުގެ ރުކުން ފުރިހަމަވާކަމުގައި ވާނަމަ، އެއިން ކޮންމެ ކުށަކަށް އޭނާގެ މައްޗަށް ދައުވާ އުފުލައި އެއިން ކޮންމެ ކުށެއް އޭނާގެ މައްޗަށް ސާބިތުކުރެވިދާނެއެވެ.
(ށ) އެއް ކުށަށް ވުރެ ގިނަ ކުށުގެ މައްޗަށް ދައުވާ ސާބިތުވުމާއި، މުއްދަތެއް ކަނޑައެޅުން
ދައުވާ ރައްދުވާ ފަރާތް ދެ ކުށަކުން ނުވަތަ ކުށެއްގެ ދެ ދަރަޖައަކުން ކުށްވެރިވާކަމަށް ކޯޓަށް ސާބިތުވާނަމަވެސް، އަދި އެކަންކަމަށް ދައުވާ ރައްދުވާ ފަރާތުން ޒިންމާއުފުލަންޖެހޭކަން ސާބިތުވާކަމުގައި ވީނަމަވެސް، އަންނަނިވި ހާލަތްތައް އެހެން ހުރެއްޖެނަމަ، އެ ދެ ކުށުގެ ތެރެއިން އެއް ކުށަށް މެނުވީ، ކޯޓުން އަދަބު ކަނޑައަޅައިގެން ނުވާނެއެވެ.
- އެ ދެ ކުށްވެސް ބިނާވެގެންވަނީ އެއް އަމަލެއްގެ މައްޗަށް ކަމުގައި ވުމާއި؛ އަދި
- އެ ދެ ކުށުގެ ތެރެއިން އެއް ކުށުން ލިބުނު ގެއްލުމަކީ:
(ހހ) އަނެއް ކުށުގެ ތެރޭގައި ފުރިހަމައަށް ހިމެނިގެންވާ ގެއްލުމަކަށްވުން؛ ނުވަތަ
(ށށ) ދެ ކުށަކީވެސް އެއްގޮތް ދެ ކުށް ކަމުގައި ވީނަމަވެސް އެއް ކުށަށް ވުރެ އަނެއް ކުށުގެ ދަރަޖަ ތިރިވުން؛ ނުވަތަ - އެ ދެ ކުށް ތަފާތުވެގެންދަނީ ހަމައެކަނި އަންނަނިވި ގޮތުގައި ކަމުގައިވުން؛
(ހހ) އެއް ކުށުން ހަމައެކަނި މަނާކުރަނީ ވަކި ބާވަތެއްގެ އަމަލެއް ވަރަށް އާންމުކޮށްކަމުގައި ވުމާއި، އަނެއް ކުށުން މަނާކުރަނީ އެ ބާވަތުގެ އަމަލުގެ ވަކި ހާލަތެއްކަމުގައިވުން؛ ނުވަތަ
(ށށ) އަނެއްކުށުން ލިބުނު ގެއްލުމަށްވުރެ ކުޑަ މިންވަރަކަށް ވީނަމަވެސް، ދެކުށުންވެސް ލިބުނީ އެއްބާވަތެއްގެ ގެއްލުމަކަށްވުން. - އޭނާ ކުރި ކުށްތައް މާނަކުރެވިފައިވަނީ ހިނގަމުންދާ އަމަލުތަކެއްގެ މައްޗަށް ބިނާކޮށްކަމުގައި ވުމާއި، ދައުވާ ރައްދުވާ ފަރާތުގެ އަމަލުތަކަށް އެއްވެސް ގޮތަކަށް ހުއްޓުމެއް އައިސްފައި ނުވުން. (ނަމަވެސް އެއީ، އޭނާގެ އަމަލުގެ އެކި ބައިބަޔަކީ ވަކި ކުށުގެ ގޮތުގައި ގާނޫނުގައި ކަނޑައަޅާފައި ނުވާނަމައެވެ.)
- އެ ދެ ކުށުގެ ތެރެއިން އެއް ކުށުން ލިބުނު ގެއްލުމަކީ:
- ދެ ކުށުގެ ތެރެއިން އެއް ކުށުގައި ހިމެނިގެންވާ އަމަލަކީ އޭގެ ޒާތުގައި ފުރިހަމަނުވާ ކުށަކަށް ވުމާއި؛
- އެހެން ކުށެއް ފުރިހަމަކުރުމަށްޓަކައި ކުރެވޭ އަމަލެއްކަމުގައިވުން؛ ނުވަތަ
- ދެ ކުށަކީ، ވަކި ދެ ކުށްކަމުގައި ވީނަމަވެސް، މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެއް ކުށާއި އަނެއް ކުށާ ދެމެދު ގުޅުމެއް ހުރުން.
- އެއިން ކޮންމެ ކުށަކީވެސް އޭގެ ޒާތުގައި ފުރިހަމަނުވާ ކުށުގެ އަމަލަކަށް ވުމާއި އެއިން ކޮންމެ ކުށަކީވެސް އެހެން ވަކި ކުށެއް ކުރުމަށްޓަކައި ކުރެވުނު އަމަލެއްކަމުގައިވުން؛ ނުވަތަ
- ދެ ކުށުގެ ތެރެއިން އެއް ކުށަކީ ދައުވާ ރައްދުވާ ފަރާތުން ސީދާ ކުރި އަމަލެއްގެ މައްޗަށް ބިނާވެފައިވާ ކުށަކަށް ވުމާއި، އަނެއް ކުށް ބިނާވެގެންވަނީ މި ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން އެހެން މީހެއްގެ އަމަލަކަށް ޒިންމާ އުފުލަންޖެހޭ ހައިސިއްޔަތުން ކަމުގައިވުން.
- އެކުށްތައް ކުރިކަން ސާބިތުކުރުމަށް ބޭނުންކުރާ ހަގީގަތްތައް، އެއް ހަގީގަތް އަނެއް ހަގީގަތާ ތައާރުޒުވުން.
(ނ) އަދަބު ކަނޑައެޅުން
މި މާއްދާގެ (ށ) ގެ ދަށުން އެއް ހުކުމަށްވުރެ ގިނަ ހުކުމް ކަނޑައެޅުން މަނާކުރާ ހާލަތްތަކުގައި، ކޯޓުން ހުކުމް ކަނޑައަޅާނީ އެ ދެ ކުށުގެ ތެރެއިން، ނުވަތަ އެއް ކުށުގެ ދެ ދަރަޖައިގެ ތެރެއިން، އެންމެ ބުރަދަން ބޮޑު ކުށަށެވެ. ނުވަތަ އެންމެ މަތީ ދަރަޖައިގެ ކުށަށެވެ.
ދެވަނަ ބައި: ހާއްސަ ބައި
ނަފުސާ ދެކޮޅަށް ކުރެވޭ ކުށް
110 ވަނަ ބާބު
މެރުމުގެ ކުށް
110 ވަނަ މާއްދާ - މެރުން
111 ވަނަ މާއްދާ - ގަސްދަކާ ނުލައި މީހަކު މެރުން
112 ވަނަ މާއްދާ - އިހުމާލުގެ އަމަލަކުން މީހަކު މަރުވުން
113 ވަނަ މާއްދާ - އަމިއްލައަށް މަރުވާން މަޖުބޫރު ކުރުވުމާއި، މީހަކު އަމިއްލައަށް މަރުވާން އެހީތެރިވެދިނުމާއި، މީހަކު އަމިއްލައަށް މަރުވުމަށް އެދުމާއި، މީހަކު އަމިއްލައަށް މަރުވާން އުޅުން
114 ވަނަ މާއްދާ - މަރެއް ފޮރުވުން
115 ވަނަ މާއްދާ - މާނަކުރުން
މެރުން
110 ވަނަ މާއްދާ - މެރުން
(ހ) ކުށް ކަނޑައެޅުން
އެނގިހުރެ މީހަކު މަރައިފި މީހާ އެކުރަނީ ކުށެކެވެ.
(ށ) އިންސާނާގެ ފުރާނައަށް އެއްވެސް ފަރުވާލެއްނެތި ކުރާ އަމަލަކުން މީހަކު މަރުވުން
އިންސާނާގެ ފުރާނައިގެ އަގަށް އެއްވެސް ފަރުވާލެއް ނެތް ކަމަށް ދައްކުވައިދޭ ހާލަތެއްގައި، މީހަކު ކުރާ ފަރުވާކުޑަ އަމަލެއްގެ ސަބަބުން، މީހަކު މަރުވެއްޖެނަމަ، އެ އަމަލު ހިންގި މީހާ އެކުރަނީ ކުށެކެވެ.
(ނ) ޖިނާޔަތުގެ ކުށް އެހެން ގޮތަކަށް ސާބިތުނުކުރެވޭހާ ހިނދަކު މަރުގެ ކުށެއް ކަމަށް ބެލުން
އަންނަނިވި ހާލަތްތަކުގައި، މީހަކު ކުރާ އަމަލަކީ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން، އިންސާނާގެ ފުރާނައިގެ އަގަށް އެއްވެސް ފަރުވާލެއްނެތި، ހިންގި ފަރުވާކުޑަ އަމަލެއްކަމުގައި، އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު، ފަނޑިޔާރު ގަބޫލުކުރަންވާނެއެވެ.
- އަންނަނިވިފަދަ ކުށެއް ކުރުމުގައި ބައިވެރިވުމާއި، އެފަދަ ކުށެއް ކުރާ މީހަކަށް އެހީތެރިވުމާއި، އެފަދަ ކުށެއް ކުރަން އުޅުމާއި، އަދި އެފަދަ ކުށެއް ކުރުމަށްފަހު ފިލުން؛
- އެއްވެސް އަނިޔާވެރި ކުށެއް.
(ރ) ދަރަޖަކުރުން
މި ކުށަކީ ޖިނާޔަތުގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
(ބ) މާނަކުރުން
"އަނިޔާވެރި ކުށް" ކަމަށް ބުނެފައި އެވަނީ އިންސާނާގެ ހަށިގަނޑަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބިދާނެ ކުށަކަށެވެ.
ގަސްދަކާ ނުލައި މީހަކު މެރުން
111 ވަނަ މާއްދާ - ފަރުވާކުޑަ އަމަލަކުން މީހަކު މަރުވާން ދިމާވުން
(ހ) މީހަކު ކުރާ ފަރުވާކުޑަ އަމަލެއްގެ ސަބަބުން، އެހެން މީހަކު މަރުވެއްޖެނަމަ، އެ އަމަލު ކުރާ މީހާ އެކުރަނީ ކުށެކެވެ.
(ށ) ސިކުނޑިއަށް ނުވަތަ ޖަޒުބާތަށް އިންތިހާއަށް އަސަރުކޮށްފައިވާ ހާލަތްތަކުގައި މެރުމުގެ ކުށަކަށް ނުވުން
މި ގާނޫނުގެ 110 ވަނަ މާއްދާގެ ދަށުން މީހަކު މެރުމުގެ ކުށް ކަމުގައި ބެލެވޭ އަމަލެއް މީހަކު ކުރި ނަމަވެސް، އަންނަނިވި ހާލަތްތަކުގައި އެއީ މި ގާނޫނުގެ 111 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ކުށް ކަމުގައި ބަލަންވާނެއެވެ:
- އޭނާ، އެ އަމަލު ހިންގާފައިވަނީ، އޭނާގެ ސިކުނޑިއަށް ނުވަތަ ޖަޒުބާތަށް އިންތިހާއަށް އަސަރުކޮށްފައިވާ ދަނޑިވަޅެއްގައި، އެކަމުގެ ނުފޫޒުގައިހުރެ ކަމުގައިވުން؛
- އެ ކުރި އަމަލަށް އެކަށީގެންވާ ސަބަބެއް އޮތުމާއި، އެސަބަބުގެ އެކަށީގެންވާކަން އެ އަމަލު ހިންގާ މީހާ ހުރިކަމަށް ގަބޫލުކުރެވޭ ހާލަތުގައި ހުންނަ އެހެން މީހެއްގެ ނަޒަރުން ކަނޑައެޅިގެން ދިޔުން.
- ސާބިތުކޮށްދިނުމުގެ ޒިންމާ
- ދައުވާ ރައްދުވާ ފަރާތުން ހިންގި ކުށުގެ އަމަލަކީ، މީހަކު މެރުމުގެ ގަސްދަކާ ނުލައި ހިންގި އަމަލެއްކަން ސާބިތުކޮށްދިނުމަކީ، އެކަމުގެ މައްޗަށް ލިބި ހުރި ހެކި ވަޒަންކުރުމާއެކު، ދައުވާ ރައްދުވާ ފަރާތުން، އުފުލަންޖެހޭނެ ޒިންމާއެކެވެ.
(ނ) ދަރަޖަކުރުން
މިއީ، ޖިނާޔަތުގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ.
އިހުމާލުގެ އަމަލަކުން މީހަކު މަރުވުން
112 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) މީހަކުކުރާ އިހުމާލުގެ އަމަލަކުން، އެހެން މީހަކު މަރުވެއްޖެނަމަ، އެ އަމަލު ކުރި މީހާ އެކުރަނީ ކުށެކެވެ.
(ށ) މިއީ، ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
އަމިއްލައަށް މަރުވާން މަޖުބޫރު ކުރުވުމާއި، މީހަކު އަމިއްލައަށް މަރުވާން އެހީތެރިވެދިނުމާއި، މީހަކު އަމިއްލައަށް މަރުވުމަށް އެދުމާއި، މީހަކު އަމިއްލައަށް މަރުވާން އުޅުން
113 ވަނަ މާއްދާ - އަމިއްލައަށް މަރުވާން މަޖުބޫރުކުރުވުން
(ހ) ބާރުގެ ބޭނުންކޮށްގެން، ނުވަތަ ބާރުގެ ބޭނުންކޮށްފާނެކަމުގެ ބިރުދައްކައިގެން ނުވަތަ މަކަރާއި ހީލަތުން ކުރާ ކަމަކުން، އެހެން މީހަކު އަމިއްލައަށް މަރުވެއްޖެނަމަ، ބިރުދެއްކި މީހާ، ނުވަތަ ބާރުގެ ބޭނުންކުރި މީހާ، ނުވަތަ މަކަރާއި ހީލަތުގެ އަމަލު ކުރި މީހާ އެކުރަނީ ކުށެކެވެ.
(ށ) އަމިއްލައަށް މަރުވާން އެހީތެރިވެދިނުމާއި، އެކަމަށް އެދުމާއި، އަމިއްލައަށް މަރުވާންއުޅުން.
-
ކުށް ކަނޑައެޅުން
އެނގިހުރެ، އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލެއް ކުރާ މީހާ އެކުރަނީ ކުށެކެވެ:- އެހެން މީހަކު އަމިއްލައަށް މަރުވުމަށް އެދުމާއި؛ ނުވަތަ؛ އެހީތެރިވެދިނުން؛ ނުވަތަ؛
- އަމިއްލައަށް މަރުވާން އުޅުން.
-
އިސްތިސްނާ
އަންނަނިވި ހާލަތްތަކުގައި، ހުއްދަދެވިފައިވާ ސިއްހީ މަސައްކަތްތެރިއަކު އެކުރަނީ، މި މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގެ (i) ގެ ދަށުން، ކުށެއް ނޫނެވެ:- ބަލިމީހެއްގެ ސިކުނޑި މަރުވެފައިވާކަން އެނގެން އޮންނަ ހާލަތްތަކުގައި ނުވަތަ އެމީހަކީ އަނބުރާ ހޭނުލެވޭ ފަދަ ކޯމާއެއްގައި އޮތް މީހެއްކަން އެނގޭނެ އެކަށީގެންވާ ސިއްހީ ސަބަބުތައް ހުރި މީހެއްނަމަ، ބަލިމީހާގެ އާއިލާގައި އޭނާއާ އެންމެ ގާތްކޮށް ތިބި މީހުންގެ އެދުމުގެ މަތިން، މަސައްކަތްކުރުން ހުއްޓުވާލުން.
- އެބަލިމީހަކު ދިރިދުނިޔޭގައި ބޭއްވުމަށްޓަކައި އޭނާއާ ގުޅައިފައިވާ ސިއްހީ ވަސީލަތްތައް ބަލިމީހާގެ އާއިލާގައި އޭނާއާ އެންމެ ގާތްކޮށް ތިބި މީހުންގެ އެދުމުގެ މަތިން، މަސައްކަތްކުރުން ހުއްޓުވާލުން.
-
އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު ގަބޫލުކުރާނެ ގޮތް
އަންނަނިވި ކަންކަން ގަސްދުގައި ކުރާ މީހާ، މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ (ii) ގައި ބަޔާންކޮށްފައިވާ، އަމިއްލައަށް މަރުވާން އުޅުމުގެ ކުށްކުރަން އުޅެފިކަމުގައި، އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު، ފަނޑިޔާރު ގަބޫލުކުރަންވާނެއެވެ.- މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ނުވަތަ ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް އޯވަރޑޯޒްވާ މިންވަރަށް ބޭނުންކުރުން؛
- އޭނާގެ އަމިއްލަ ހަށިގަނޑަށް ޖިސްމާނީ ބޮޑެތި އަނިޔާކުރުން.
(ނ) މާނަކުރުން
"އަމިއްލައަށް މަރުވުން" ކަމަށް ބުނެފައި އެވަނީ، ތިމާ އަމިއްލައަށް މަރުވެދާ ފަދަ އަމަލެއް އެނގިހުރެ ކުރުމަށެވެ.
(ރ) ދަރަޖަކުރުން
މި ކުށް ދަރަޖަކޮށްފައިވަނީ، އަންނަނިވި ފަދައިންނެވެ.
-
އަމިއްލައަށް މަރުވާން މަޖުބޫރުކުރުވުން
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށަކީ، މި ގާނޫނުގެ 110 ވަނަ މާއްދާއިން 112 ވަނަ މާއްދާގެ ނިޔަލަށް ބަޔާންކޮށްފައިވާ ކުށުގެ އަމަލު ދައުވާ ރައްދުވާ މީހާ، އޭނާގެ އަމިއްލަ ޒާތުގައި ކޮށްފި ހިނދެއްގައި އޭނާއަށް ދެވޭ އަދަބަށްވުރެ، އެއް ދަރަޖަ ތިރީގައިވާ ކުށެކެވެ. -
އަމިއްލައަށް މަރުވާން އެހީތެރިވެދިނުމާއި، އެ ކަމަށް އެދުން
މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ (i) ގައިވާ ކުށަކީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ. އެއީ އެއަމަލުގެ ސަބަބުން އެހެން މީހަކު އަމިއްލައަށް މަރުވެއްޖެނަމަ ނުވަތަ މަރުވާންއުޅެފި ނަމައެވެ. -
އަމިއްލައަށް މަރުވާން އުޅުން
އަމިއްލައަށް މަރުވާން އުޅުމަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
މަރެއް ފޮރުވުން
114 ވަނަ މާއްދާ - މަރެއް ފޮރުވުން
(ހ) ކުށް ކަނޑައެޅުން
މީހަކު މަރުވެފައި އޮތީ އެހެން މީހަކު އޭނާ މަރައިލައިގެންކަން މީހަކަށް އެނގިހުރެ، އެކަން ފޮރުވާ މީހާ އެކުރަނީ ކުށެކެވެ.
(ށ) ދަރަޖަކުރުން
މިއީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.
މާނަކުރުން
115 ވަނަ މާއްދާ - މާނަކުރުން
(ހ) "ހަށިގަނޑަށް ލިބޭ އަނިޔާ" އަށް ދީފައިވަނީ މި ގާނޫނުގެ 17 ވަނަ މާއްދާގެ (7) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ށ) "މަކަރާއި ހީލަތް" އަށް ދީފައިވަނީ މި ގާނޫނުގެ 212 ވަނަ މާއްދާގެ (ށ) ގެ (2) ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ނ) "ބާރުގެ ބޭނުންކޮށްފާނެކަމުގެ ނުފޫޒު" އަށް ދީފައިވަނީ މި ގާނޫނުގެ 55 ވަނަ މާއްދާގައި ދީފައިވާ މާނަކުރުމެވެ.
(ޅ) "ހަށިގަނޑަށް ލިބޭ ބޮޑެތި އަނިޔާ" އަށް ދީފައިވަނީ މި ގާނޫނުގެ 17 ވަނަ މާއްދާގެ (91) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ކ) "އަމިއްލައަށް މަރުވުން" އަށް ދީފައިވަނީ 113 ވަނަ މާއްދާގެ (ނ) ގައި ދީފައިވާ މާނަކުރުމެވެ.
(ވ) "އަނިޔާވެރި ކުށް" އަށް ދީފައިވަނީ މި ގާނޫނުގެ 110 ވަނަ މާއްދާގެ (ބ) ގައި ދީފައިވާ މާނަކުރުމެވެ.
120 ވަނަ ބާބު
ޖެހުމާއި، ޖަހާފާނެކަމުގެ ބިރުދެއްކުމާއި އަދި އެހެނިހެން ބިރުދެއްކުމުގެ ކުށް
121 ވަނަ މާއްދާ - ފަރުވާލެއްނެތި ކުރާ އަމަލަކުން އަނިޔާއެއް ލިބިދާނެކަމުގެ ބިރުދެއްކުން
122 ވަނަ މާއްދާ - ބިރުދެއްކުމާއި ދޮގު ހަބަރު ދިނުން
123 ވަނަ މާއްދާ - މާނަކުރުން
ޖެހުން
120 ވަނަ މާއްދާ - ޖެހުން
(ހ) ކުށް ކަނޑައެޅުން
މީހެއްގެ ރުހުމަކާ ނުލައި އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް ހިންގާ މީހާ އެކުރަނީ ކުށެކެވެ:
- އޭނާގެ ގައިގާ އަތްލުން ނުވަތަ އޭނާއަށް އަނިޔާއެއް ކުރުން؛ ނުވަތަ
- އޭނާއަށް އެ ވަގުތު އަނިޔާއެއް ދީފާނެކަމުގެ ބިރު ދެއްކުން.
(ށ) ދަރަޖަކުރުން
- އަންނަނިވި ހާލަތްތަކުގައި މި ކުށަކީ، ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
- ބޮޑު އަނިޔާއެއް މީހެއްގެ ހަށިގަނޑަށް ދިނުން؛ ނުވަތަ
- އެކުށް ކުރުމުގައި، ނުރައްކާތެރި ހަތިޔާރެއް ބޭނުންކުރުން؛ ނުވަތަ
- އެ އަމަލުގެ ސަބަބުން އަނިޔާ ލިބުނު ފަރާތަކީ ފުލުހެއް ނުވަތަ ސިފައިންގެ މީހެއްކަމުގައިވުން.
-
އަނިޔާއެއް ދިނުން
މީހެއްގެ ހަށިގަނޑަށް އަނިޔާއެއް އޭނާ ދިންކަމަށްވާނަމަ، އެ ކުށަކީ ޖުނަހްގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ.
-
ޖެހުން
އެނޫން ހާލަތްތަކުގައި، އެ ކުށަކީ، ޖުނަހްގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.
(ނ) އަދަބު ކަނޑައެޅުމުގައި ވިސްނަން ޖެހޭ ނުކުތާ
އަނިޔާކުރީ މީހަކު އޭނާ ދިރިއުޅޭ ގޭގައި ހުއްޓާ ކަމުގައިވާނަމަ ނުވަތަ ގެއެއްގައި މެހުމާނެއްގެ ގޮތުގައި ހުއްޓާ ކަމަށްވާނަމަ، މި މާއްދާގެ ދަށުން ކުށެއްކަމަށް ބަލާ ކޮންމެ އަމަލަކަށް ދެވޭ އަދަބު، މި ގާނޫނުގެ 1002 ވަނަ މާއްދާގައިވާ އަދަބު ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތަކުގެ އެންމެ އަސާސީ މިންގަނޑުގެ މައްޗަށް އެއް ދަރަޖަ އުފުލިގެން ވާނެއެވެ.
(ރ) މާނަކުރުން
- "ނުރައްކާތެރި ހަތިޔާރު" ކަމަށް ބުނެފައި އެވަނީ:
- އެއިން ހިފިދާނެ ހުއްދަ އެހެން ބޭނުމެއް އޮތްކަން ސާބިތުކޮށްދެވެން ނެތް ހާލަތްތަކުގައި ބޭނުންކުރާ، މީހަކު މަރާލެވިދާ ފަދަ ގާބިލުކަން ހުރި ހަތިޔާރަށެވެ. ނުވަތަ؛
- އެއިން އާދައިގެ އާންމު ހުއްދަ ބޭނުމެއް ކުރެވެން ނުހުންނަ އެއްޗެހީގެ ތެރެއިން މީހަކަށް ބޮޑެތި އަނިޔާ ލިބިދާނެ ފަދަ ގޮތަކަށް ބޭނުންކުރެވޭ އެއްޗެއްސަށެވެ. ނުވަތަ؛
- ގާނޫނު ނަންބަރު 2010-17 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުމުގެ ގާނޫނު) ގެ ދަށުން "ނުރައްކާތެރި ހަތިޔާރު" އާއި "ތޫނު އެއްޗެއް" ގެ މާނައިގެ ތެރޭގައި ހިމެނޭ އެއްޗެއްސަށެވެ.
- "ގެ" ކަމަށް ބުނެފައި އެވަނީ މީހަކު ދިރިއުޅުމަށްޓަކައި ބޭނުންކުރާ އިމާރާތެއް ނުވަތަ އުޅަނދަކަށެވެ.
ފަރުވާލެއްނެތި ކުރާ އަމަލަކުން އަނިޔާއެއް ލިބިދާނެކަމުގެ ބިރުދެއްކުން
121 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) މީހަކު ފަރުވާލެއްނެތި ކުރާ އަމަލެއްގެ ސަބަބުން، މީހަކަށް، އޭނާ މަރުވެދާނެކަމުގެ ނުވަތަ އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެކަމުގެ ބިރެއް ކުރިމަތިކުރުވައިފިކަމަށް ވާނަމަ، އެ އަމަލު ކުރާ މީހާ އެކުރަނީ ކުށެކެވެ.
(ށ) އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު، ގަބޫލުކުރާނެ ގޮތް
ގާނޫނާއި ގަވާއިދާއި ހިލާފަށްކުރާ އަންނަނިވި އަމަލުތަކަކީ، އެހެން މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ގޮތަށް ނުވަތަ އޭނާ މަރުވެދާނެ ގޮތަށް، ފަރުވާލެއްނެތި ކުރާ އަމަލެއްކަމުގައި، އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު، ފަނޑިޔާރު ގަބޫލުކުރަންވާނެއެވެ.
- ގޮވާ ތަކެއްޗާއި ފަނާކުރަނިވި މާއްދާއާބެހޭ؛ ނުވަތަ
- މެށިނަރީއާއި އިންޖީނާއި އަދިވެސް އިންޖީނުން މަސައްކަތްކުރާ އެހެނިހެން އެއްޗެއްސާބެހޭ؛ ނުވަތަ
- އިމާރާތް ތެޅުމާއި ވެއްޓުމާބެހޭ؛ ނުވަތަ
- ޖަނަވާރު ގެންގުޅުމާއި، ބެލެހެއްޓުމާބެހޭ؛
- ގަސްގަހާގެހި ކެނޑުމާއި ވައްޓާލުމާބެހޭ؛ ނުވަތަ
- ކަނޑުގައި ދުއްވާ އުޅަނދުފަހަރު އެހެލާ ބޭލުމާބެހޭ.
(ނ) މާނަކުރުން
- "ފަނާކުރަނިވި މާއްދާ" ކަމަށް ބުނެފައި އެވަނީ، ގޮވާ ތަކެއްޗަށާއި، އަލިފާންރޯވެދާފަދަ ތަކެއްޗަށެވެ. އޭގެ ތެރޭގައި ވަކި ވަގުތެއް ޖެހުމުން ގޮވާ ގޮތަށް ހަދާފައި ހުންނަ ތަކެއްޗާއި، ގޮވާނެ ވަކި ގޮތެއް ރޭވިފައި ހުންނަ ތަކެއްޗާއި، ވިހައާއި، ވިހަ ގޭހާއި، މީހުން މަރުވެދާފަދަ ބައެލޮޖިކަލް ނުވަތަ ކެމިކަލް މާއްދާތަކާއި، ރޭޑިއޯއެކްޓިވް މާއްދާތައް ހިމެނޭ ގޮތަށެވެ.
- "ގޮވާ ތަކެތި" ކަމަށް ބުނެފައި އެވަނީ، އާންމު ބޭނުންތަކަށް ބޭނުންކުރުމަށް މަނާކުރެވިފައިވާ ނުވަތަ އެ ބޭނުންކުރުމަށްޓަކައި ސަރުކާރުގެ ހުއްދަ ހޯދަންޖެހޭ އެއްޗެހީގެ ތެރެއިން އޭގެ ޒާތުގައި ގޮވާ ކޮންމެ ވަސީލަތަކަށެވެ.
(ރ) ދަރަޖަކުރުން
- އެ ކުށުގެ އަމަލު ހިންގީ އިންސާނާގެ ފުރާނައަށް އެއްވެސް ފަރުވާލެއް ނެތް ގޮތުގައިކަމުގައި ރަމްޒުކޮށްދޭ ހާލަތެއްގައިކަމުގައި ވާނަމަ، އެ ކުށަކީ، ޖިނާޔަތުގެ
4 ވަނަ ދަރަޖައިގެ ކުށެކެވެ. - އެނޫން ހާލަތްތަކުގައި އެ ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
ބިރުދެއްކުމާއި ދޮގު ހަބަރު ދިނުން
122 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލެއް ކުރާ މީހާ އެކުރަނީ ކުށެކެވެ:
- މީހަކަށް އަނިޔާއެއް ލިބިދާފަދަ ކުށެއް ކޮށްފާނެކަމުގެ ބިރުދެއްކުން؛ ނުވަތަ
- މައުލޫމާތަކީ ކަނޑައެޅިގެން ރަނގަޅުނޫން މައުލޫމާތެއްކަން އެނގިހުރެ، މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިދާފަދަ ހާލަތެއް ކުރިމަތިވެދާނެކަމުގެ ހަބަރު ނުވަތަ އަނިޔާވެރި ކުށެއް ހިންގައިފާނެކަމުގެ ހަބަރު އެހެން މީހަކަށް ދިނުން.
(ށ) ދަރަޖަކުރުން
އެއީ، ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
މާނަކުރުން
123 ވަނަ މާއްދާ - މާނަކުރުން
(ހ) "ހަށިގަނޑަށް ލިބޭ އަނިޔާ" އަށް ދީފައިވަނީ މި ގާނޫނުގެ 17 ވަނަ މާއްދާގެ (7) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ށ) "ފަނާކުރަނިވި މާއްދާ" އަށް ދީފައިވަނީ މި ގާނޫނުގެ 121 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ނ) "ނުރައްކާތެރި ހަތިޔާރު" އަށް ދީފައިވަނީ މި ގާނޫނުގެ 120 ވަނަ މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ރ) "ގޮވާ ތަކެތި" އަށް ދީފައިވަނީ މި ގާނޫނުގެ 121 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ބ) "ގެ" އަށް ދީފައިވަނީ މި ގާނޫނުގެ 120 ވަނަ މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ޅ) "ހަށިގަނޑަށް ލިބޭ ބޮޑެތި އަނިޔާ" އަށް ދީފައިވަނީ މި ގާނޫނުގެ 17 ވަނަ މާއްދާގެ (91) ވަނަ ނަންބަރު ގައި ދީފައިވާ މާނަކުރުމެވެ.
(ކ) "އަނިޔާވެރި ކުށް" އަށް ދީފައިވަނީ މި ގާނޫނުގެ 110 ވަނަ މާއްދާގެ (ބ) ގައި ދީފައިވާ މާނަކުރުމެވެ.
130 ވަނަ ބާބު
ޖިންސީ އަމަލުގެ ކުށް
130 ވަނަ މާއްދާ - ގަދަކަމުން ޒިނޭކުރުން
131 ވަނަ މާއްދާ - ޖިންސީ އަމަލު
132 ވަނަ މާއްދާ - ބޭއަދަބީ ގޮތުގައި އައުރަ ހާމަކުރުން
133 ވަނަ މާއްދާ - ޖިންސީ ބޭނުންހިފުން
134 ވަނަ މާއްދާ - ޖިންސީ އަމަލުގެ ކުށްކުށާ ގުޅޭ އާންމު އުސޫލުތައް
135 ވަނަ މާއްދާ - މާނަކުރުން
ރޭޕްކުރުން (ސުރުހީ އިސްލާހު ކުރެވިފައި)
130 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) ރޭޕްކުރާމީހާ އެކުރަނީ ކުށެކެވެ. (އިސްލާހު ކުރެވިފައި)
(ށ) އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު ގަބޫލުކުރާނެ ގޮތް
މީހަކު އޭނާގެ އަނބިމީހާއާ ޖިމާއުވާ ހާލަތުގައި، އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު، ރުހުން އޮތްކަމުގައި ފަނޑިޔާރު ގަބޫލުކުރަންވާނެއެވެ.
(ނ) މާނަކުރުން
"ރޭޕްކުރުން" ކަމަށް ބުނެފައި އެވަނީ، އެމީހެއްގެ ރުހުމަކާނުލައި، އަންހެނެއްގެ ކުރިމަތިފަރާތަށް ނުވަތަ ފުރަގަސްފަރާތަށް ފިރިހެނެއްގެ ޖިންސީ ގުނަވަން ނުވަތަ އެނޫންވެސް ގުނަވަނެއް ނުވަތަ އެއްޗެއް ކިތަންމެ ކުޑަކޮށް ނަމަވެސް ވެއްދުން ނުވަތަ ފިރިހެނެއްގެ ފުރަގަސްފަރާތަށް ފިރިހެނެއްގެ ޖިންސީ ގުނަވަން ނުވަތަ އެނޫންވެސް ގުނަވަނެއް ނުވަތަ އެއްޗެއް ކިތަންމެ ކުޑަކޮށް ނަމަވެސް ވެއްދުމަށެވެ. އެދުން ފުދުން ލާޒިމެއް ނޫނެވެ. (އިސްލާހު ކުރެވިފައި)
(ރ) (މުޅި މާއްދާ އިސްލާހު ކުރެވިފައި)
- އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއްގައި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށް ކުރާނަމަ، އެ ކުށަކީ، ޖިނާޔަތުގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ.
- ކުށުގެ އަނިޔާ ލިބުނީ އުމުރުން 14 (ސާދަ) އަހަރު ނުވަތަ އެއަށްވުރެ ހަގު ކުއްޖެއް ކަމުގައިވުން؛ ނުވަތަ
- ބާރުގެ ބޭނުން ކޮށްގެން ނުވަތަ ބާރުގެ ބޭނުންކޮށްފާނެކަމުގެ ބިރު ދައްކައިގެން ޖިމާއުވުމަށް މަޖުބޫރު ކުރުވުން.
- އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއްގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށް ކުރާނަމަ، އެ ކުށަކީ، ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.
- އަނިޔާ ލިބުނު ކުއްޖަކީ އުމުރުން 18 (އަށާރަ) އަހަރުން ދަށުގެ ކުއްޖެއް ކަމުގައިވެފައި، އަނިޔާ ލިބުނު ކުއްޖާގެ އުމުރާ އަޅާ ބަލާއިރު، ދައުވާލިބޭ މީހާގެ އުމުރު 4 (ހަތަރެއް) އަހަރު ނުވަތަ އެއަށްވުރެ ދޮށިވުން؛ ނުވަތަ
- އެ ހިންގި އަމަލުގެ ބާވަތް ދެނެގަންނަން އަނިޔާ ލިބުނު މީހާއަށް ނޭނގޭނެކަން ދައުވާލިބޭ މީހާއަށް އެނގިގެންވުން؛ ނުވަތަ
- ދައުވާލިބޭ މީހާއަކީ އަނިޔާ ލިބުނު މީހާ ބެލެހެއްޓުމުގެ ޒިންމާ އުފުލަންޖެހިފައިވާ މަގާމެއްގައި ހުރި މީހަކަށްވުން.
- އެނޫން ހާލަތްތަކުގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
ޖިންސީ އަމަލު
131 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) ޖިންސީ އެދުންވެރިކަމެއް އުފެއްދުމުގެ މަފްސަދުގައި ނުވަތަ ޖިންސީ އެދުންވެރިކަމެއް ހާސިލުކުރުމުގެ މަފްސަދުގައި އެހެން މީހެއްގެ ރުހުމަކާ ނުލައި، އޭނާއާމެދު ޖިންސީ އަމަލެއް ހިންގާ މީހާ އެކުރަނީ ކުށެކެވެ. (އިސްލާހު ކުރެވިފައި)
(ށ) (މުޅި މާއްދާ އިސްލާހު ކުރެވިފައި)
"ޖިންސީ އަމަލު" ކަމަށް ބުނެފައި އެވަނީ:
- އެހެން މީހެއްގެ ކުރިމަތިފަރާތުގައި ނުވަތަ ފުރަގަސްފަރާތުގައި ނުވަތަ ޖިންސީ އެހެންވެސް ގުނަވަނެއްގައި ނުވަތަ ޖިންސީ އަރާމެއް ހޯދައިގަނެވޭ ހިސާބެއް ކަމަށް ބެލެވޭ ތަނެއްގައި އަތްލުން ނުވަތަ އެއްޗެއް މެދުވެރިކޮށް އަތްލުމަށް؛ ނުވަތަ
- އެހެން މީހެއްގެ ކުރިމަތިފަރާތުގައި ނުވަތަ ފުރަގަސްފަރާތުގައި ނުވަތަ ޖިންސީ އެހެންވެސް ގުނަވަނެއްގައި ނުވަތަ ޖިންސީ އަރާމެއް ހޯދައިގަނެވޭ ހިސާބެއް ކަމަށް ބެލެވޭ ތަނެއްގައި އަތްލެއްވުމަށް ނުވަތަ އެއްޗެއް މެދުވެރިކޮށް އަތްލެއްވުމަށް؛ ނުވަތަ
- ކުށުގެ އަނިޔާ ލިބުނު މީހާގެ ހަށިގަނޑުގެ ބަޔަކަށް މަނި ފޯރުވުމަށް.
(ނ)
- އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއްގައި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށް ކުރާނަމަ، އެ ކުށަކީ، ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
- ކުށުގެ އަނިޔާ ލިބުނީ އުމުރުން 14 (ސާދަ) އަހަރު ނުވަތަ އެއަށްވުރެ ހަގު ކުއްޖެއް ކަމުގައިވުން؛ ނުވަތަ
- ބާރުގެ ބޭނުން ކޮށްގެން ނުވަތަ ބާރުގެ ބޭނުންކޮށްފާނެކަމުގެ ބިރު ދައްކައިގެން އެ ކުށްކުރުމަށް މަޖުބޫރު ކުރުވުން.
- އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއްގައި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށް ކުރާނަމަ، އެ ކުށަކީ، ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.
- އަނިޔާ ލިބުނު ކުއްޖަކީ އުމުރުން 18 (އަށާރަ) އަހަރުން ދަށުގެ ކުއްޖެއް ކަމުގައިވެފައި، އަނިޔާ ލިބުނު ކުއްޖާގެ އުމުރާ އަޅާ ބަލާއިރު، ދައުވާލިބޭ މީހާގެ އުމުރު 4 (ހަތަރެއް) އަހަރު ނުވަތަ އެއަށްވުރެ ދޮށިވުން؛ ނުވަތަ
- އެ ހިންގި އަމަލުގެ ބާވަތް ދެނެގަންނަން އަނިޔާ ލިބުނު މީހާއަށް ނޭނގޭނެކަން ދައުވާލިބޭ މީހާއަށް އެނގިގެންވުން؛ ނުވަތަ
- ދައުވާލިބޭ މީހާއަކީ އަނިޔާ ލިބުނު މީހާ ބެލެހެއ ްޓުމުގެ ޒިންމ އުފުލަންޖެހިފައިވާ މަގާމެއްގައި ހުރި މީހަކަށްވުން.
- އެނޫން ހާލަތްތަކުގައި އެ ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުން (ސުރުހީ އިސްލާހު ކުރެވިފައި)
132 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލު ކުރާ މީހާ އެކުރަނީ ކުށެކެވެ:
- އޭނާގެ ޖިންސީގުނަވަން އެހެން މީހުންނަށް ފެންނަ ގޮތަށް ހާމަކުރުން؛
- މި މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި ބުނެފައިވާ އަމަލު ހިންގީ، އެހެން މީހުންނަށް ގަބޫލުކުރަން ދަތި ނުވަތަ ލަދުވެތި ކަމަކަށްވާފަދަ ހާލަތެއްގައި ކަމުގައިވުން؛ ނުވަތަ
- ޖިންސީ އެދުންވެރިކަން އުފެއްދުމުގެ ނިޔަތުގައި ނުވަތަ އެދުންވެރިކަން ހާސިލުކުރުމުގެ ނިޔަތުގައިކަމަށްވުން.
ދަރަޖަކުރުން
(ށ) މިކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
(ނ) "ޖިންސީ ގުނަވަން" ކަމަށް ބުނެފައި އެވަނީ، ކުރިމަތިފަރާތް ނުވަތަ ފުރަގަސްފަރާތް ނުވަތަ އަންހެނާގެ އުރަމައްޗަށެވެ. (އިތުރު ކުރެވިފައި)
ޖިންސީ ބޭނުންހިފުން
133 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ:
- އެހެން މީހަކު ލައްވައި އެ މީހާގެ އައުރަ ހާމަކުރުވުން ނުވަތަ ހަރަކާތް ދެއްކުވުން؛ އަދި
- މި މާއްދާގެ (ހ) ގައިވާ އަމަލު ހިންގީ ޖިންސީ އެދުންވެރިކަން އުފެއްދުމުގެ ނިޔަތުގައި ނުވަތަ އެދުންވެރިކަން ހާސިލުކުރުމުގެ ނިޔަތުގައި ކަމަށްވުން؛
(ށ) ދަރަޖަކުރުން: ފާހިށްގޮތުގައި ޖިންސީ ބޭނުންހިފުން
- އެ އަމަލު ހިންގުނީ 18 އަހަރުން ދަށުގެ ކުޑަކުއްޖެއްގެ މައްޗަށްކަމުގައި ވާނަމަ ނުވަތަ ގާނޫނީ ގޮތުން ތަސައްރުފުނުފުދޭ މީހެއްގެ މައްޗަށްކަމުގައިވާނަމަ، އެއީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
- އެނޫން ހާލަތްތަކުގައި، އެ ކުށަކީ، ޖުނަހްގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ.
ޖިންސީ އަމަލުގެ ކުށްކުށާ ގުޅޭ އާންމު އުސޫލުތައް
134 ވަނަ މާއްދާ - ކާވެންޏެއް ކުރުމަށް ނޫން ގޮތުގައި ކުޑަކުއްޖާ ދޭ ރުހުން ބާތިލު އެއްޗަކަށްވުން
(ހ) ޒިނޭކުރުމަށް ނުވަތަ ޖިންސީ އަމަލެއް ހިންގުމަށް ކުޑަކުއްޖަކު ދޭ ރުހުމަކީ ނުވަތަ އެ ކަމަށް އެއްޗެއް ނުބުނެ ހުންނަ ހުރުމަކީ އޭގެ ޒާތުގައި ބާތިލު ރުހުމެކެވެ. ނަމަވެސް، އުމުރުން 18 އަހަރުނުވާ ކުއްޖަކު، ދައުވާ ރައްދުވާ މީހާއާ އެކު ގާނޫނީ ގޮތުން ސައްހަ ކާވެންޏެއް ކޮށްގެން ހުންނަ ހާލަތު މި އުސޫލުން އިސްތިސްނާވެގެން ވެއެވެ.
(ށ) އުމުރާ ގުޅޭ ގޮތުން ނިޔަތް އޮތުން
މި ގާނޫނުގައި އެހެން ގޮތަކަށް ކަނޑައެޅިގެން ބަޔާންކޮށްފައި ނުވާހާހިނދަކު، މި ގާނޫނުގައި ކުށެއް މާނަކުރުމުގައި އެ ކުށުގެ އަނިޔާ ލިބޭފަރާތަކީ 18 އަހަރުން ދަށުގެ ކުއްޖެއްކަމުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ދައުވާ ރައްދުވާ މީހާގެ މައްޗަށް ކުށް ސާބިތުކުރުމުގައި، އެކުއްޖާގެ އުމުރު ދެނެގަތުމުގައި، އޭނާ އިހުމާލުވެފައިވާކަން ސާބިތުކުރުމުން ފުދޭނެއެވެ.
(ނ) ސިއްހީ ފަރުވާއަށްޓަކައި އިސްތިސްނާކުރެވޭ ހާލަތްތައް
އަންނަނިވި ކަންކަމަށްޓަކައި ނުވަތަ އަންނަނިވި ގޮތުގެމަތިން، ސިއްހީގޮތުން ކުރަންޖެހޭ ކަމެއްކަމަށް ބެލެވޭކަމެއް ކުރުމަށްޓަކައި، ނުވަތަ ސިއްހީގޮތުން ބަލަންޖެހޭ ބެލުމަށްޓަކައި، ޑޮކްޓަރަކު ނުވަތަ ހުއްދަކުރެވިފައިވާ ސިއްހީ މަސައްކަތްތެރިއަކު ނުވަތަ ބެލެނިވެރިއަކު ނުވަތަ ދޮންމަންމައަކު ނުވަތަ ދޮންބައްޕައަކު ނުވަތަ ގާނޫނީގޮތުން ބަލަދުވެރިއަކު، އަންނަނިވި ކަންކަން ކުރުމަކީ، މި ބާބުގައި ބަޔާންކޮށްފައިވާ ކުށެއް ކުރީކަމުގައެއް ނުބެލެވޭނެއެވެ:
- ސިއްހީ ފަރުވާއެއް ދިނުމަށްޓަކައި ހިންގާ އަމަލަކަށްވުން؛
- އެ އަމަލު ހިންގަނީ ގަބޫލުކުރެވޭ ސިއްހީ މިންގަނޑުތަކާ އެއްގޮތަށްކަމުގައިވުން؛ އަދި
- އެކަން ކުރުމަށްޓަކައި ސިއްހީ ރޮނގުން ބޭނުންވާ ތަމްރީނާއި ތަޖުރިބާ އެކަން ކުރާމީހާގެ ކިބައިގައި ހުރުން.
- އަދަބު ކަނޑައެޅުމުގައި ބަލަން ޖެހޭ ނުކުތާ (ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ކުށެއް ކުރުމުގައި، އެ ކުށްކުރާ މީހާ އޭނާގެ އަމަލުތަކުގެ ޒާތާގުޅޭ ގޮތުން ނުވަތަ އޭނާގެ ށަހްސާގުޅޭ ގޮތުން އޮޅުވާލުމެއް އޮޅުވާލާފައިވާނަމަ އަދި އެގޮތަށް އޮޅުވާލީ އެ ކުށްކުރުމުގެ މަގްސަދުގައިކަމަށްވާނަމަ، އޭނާއަށް ދެވޭ އަދަބު އެކަމަށް ކަނޑައެޅިފައިވާ އަދަބުގެ އެންމެ އަސާސީ މިންގަނޑަށްވުރެ އެއް ދަރަޖަ މަތިވެގެންވެއެވެ.
މާނަކުރުން
135 ވަނަ މާއްދާ - މާނަކުރުން
(ހ) "ރުހުން" އަށް ދީފައިވަނީ މި ގާނޫނުގެ 27 ވަނަ މާއްދާގައި މާނަކޮށްފައިވާ ގޮތަށެވެ.
(ށ) "ގާނޫނީ ބަލަދުވެރިޔާ" އަށް ދީފައިވަނީ މި ގާނޫނުގެ 44 ވަނަ މާއްދާގެ (ބ) ގައި ދީފައިވާ މާނަކުރުމެވެ.
(ނ) "ޖިންސީ އަމަލު" އަށް ދީފައިވަނީ މި ގާނޫނުގެ 131 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
(ރ) "ޒިނޭކުރުން" އަށް ދީފައިވަނީ މި ގާނޫނުގެ 411 ވަނަ މާއްދާގެ (ޅ) ގައި ދީފައިވާ މާނަކުރުމެވެ.
140 ވަނަ ބާބު
މިނިވަންކަން ނިގުޅައިގަނެވޭ ގޮތަށް މީހުން ހިފެހެއްޓުމާއި ކަންކަން މަޖުބޫރުކުރުމުގެ ކުށް
140 ވަނަ މާއްދާ - ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުން
141 ވަނަ މާއްދާ - ޖިނާއީ މަޖުބޫރުކުރުވުން
142 ވަނަ މާއްދާ - މާނަކުރުން
ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުން
140 ވަނަ މާއްދާ - ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުން
(ހ) ކުށް ކަނޑައެޅުން
ރުހުމެއްނެތި އެކަށީގެންވާ މުއްދަތަކަށް މީހަކު ހިފަހައްޓާ މީހާ އެކުރަނީ ކުށެކެވެ:
(ށ) މާނަކުރުން
- "ހިފެހެއްޓުން" ކަމަށް ބުނެފައި އެވަނީ، ހިނގާބިނގާވެ އުޅުމުގެ މިނިވަންކަމަށް ހުރަސްއެޅުމަށާއި، ވަކި ތަނެއްގައި އެ ތަނުން ބޭރަށް ނުދެވޭ ގޮތަށް މީހަކު ހިފެހެއްޓުމަށެވެ.
- "ހިނގާބިނގާވެ އުޅުމުގެ މިނިވަންކަން" ކަމަށް ބުނެފައި އެވަނީ އެއް ތަނުން އަނެއް ތަނަށް ދަތުރުކޮށް، ހިނގާބިނގާވެ އުޅުމަށް، އާންމު އުސޫލުން، މީހުން ބޭނުންކުރަމުންދާ ފުރުސަތަށެވެ.
(ނ) ދަރަޖަކުރުން
- މީހަކު ލައްވައި އެ މީހާގެ އިހްތިޔާރުން ބޭރުގައި، ގަދަކަމުން މަސައްކަތެއް ކުރުވުމުގެ މަގްސަދުގައި، މީހަކު ހިފަހައްޓައިފިކަމުގައި ވާނަމަ، އެ ކުށަކީ، ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.
- ކަނޑައެޅިގެން އެނގިހުރެ، އެއް ދުވަހަށް ވުރެ ދިގު މުއްދަތަކަށް މީހަކު ހިފަހައްޓައިފި ކަމުގައިވާނަމަ، އެ ކުށަކީ، ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
- އެނޫން ހާލަތްތަކުގައި، އެ ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
-
ބެލެނިވެރިންނަށާއި ބަލަދުވެރިންނަށް ލުއި އުސޫލެއް އޮތުން
އަންނަނިވި ފަދައިން އެކަށީގެންވާ ގޮތުގައި ދައުވާ ރައްދުވާ ފަރާތަށް ގަބޫލުކުރެވިގެން، އެ ހާލަތުގައި، އެ ކުށުގެ އަމަލު ކުރާނަމަ، އެ ކުށަކީ، ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.- އޭނާއަކީ ހިފެހެއްޓޭ މީހާގެ ބެލެނިވެރިއެއްކަން ނުވަތަ ބަލަދުވެރިއެއްކަން އޭނާއަށް ގަބޫލުކުރެވިގެންވުން؛ އަދި
- ހިފެހެއްޓުނު މީހާއަކީ ސައްހަ ގޮތެއްގައި އެ ކަމަށް ރުހުން ދެވޭ ވަރުގެ މީހެއްކަމުގައި ނުވުން.
ޖިނާއީ މަޖުބޫރުކުރުވުން
141 ވަނަ މާއްދާ - ޖިނާއީ މަޖުބޫރުކުރުވުން
(ހ) ކުށް ކަނޑައެޅުން
ކަންކަން ކުރުމަށް މީހަކަށް ލިބިދޭ މިނިވަންކަން، އޭނާއަށް ގެއްލުން ހުރި ގޮތެއްގައި ގާނޫނާ ހިލާފަށް ހުއްޓުވާލުމުގެ މަގްސަދުގައި، އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކޮށްފާނެކަމުގެ ބިރު ދައްކާ މީހާ އެކުރަނީ ކުށެކެވެ.
- ޖިނާއީ ކުށެއް ކޮށްފާނެކަމުގެ ބިރު؛ ނުވަތަ
- ޖިނާއީ ކުށެއް ކޮށްފިކަމުގެ އިލްޒާމު އަޅުވަފާނެކަމުގެ ބިރު؛ ނުވަތަ
- މީހުންގެ ނަފުރަތު އަމާޒުކުރުވުމަށް، ނުވަތަ މީހުންގެ ކުރިމަތީގައި އޭނާގެ ގަދަރާއި އަބުރަށް އުނިކަން ގެނައުމަށް، ނުވަތަ އޭނާއާ މެދު ގަދަރުކުޑަވާނެގޮތް ހެދުމަށް، ނުވަތަ އޭނާގެ، ނުވަތަ އޭނާގެ ވިޔަފާރި މީހުންގެ ތެރޭގައި ކުޑަކުރުމަށް، ސިއްރެއްކަމުގައި ބެލެވޭ ކަމެއް ހާމަކޮށްފާނެކަމުގެ ބިރު؛
- ދައުލަތުގެ މުވައްޒަފެއްގެ ގޮތުން ވަކިކަމެއް ކުރުން ނުވަތަ ނުކުރުން؛ ނުވަތަ ދައުލަތުގެ މުވައްޒަފަކު ލައްވައި ވަކި ކަމެއް ކުރުވުން ނުވަތަ ނުކުރުވަފާނެކަމުގެ ބިރު.
(ށ) އިސްތިސްނާ
އަންނަނިވި ހާލަތްތަކުގައި މީހަކުކުރާ އަމަލަކީ މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު، ނުވަތަ (ހ) ގެ (3) ވަނަ ނަންބަރު، ނުވަތަ (ހ) ގެ (4) ވަނަ ނަންބަރުގެ ދަށުން ކުށަކަށް ނުވާނެއެވެ:
- އޭނާ ގަބޫލުކުރާގޮތުގައި:
- މީހަކާ މެދު ކުރެވޭ ތުހުމަތަކީ ނުވަތަ މީހަކާ ބެހޭގޮތުން އެނގޭ ސިއްރަކީ ތެދެއް ކަމުގައިވުން؛ ނުވަތަ
- ދައުލަތުގެ މުވައްޒަފަކު އެ ކުރާ ކަމަކީ އެކަމުގެ ޒާތުގައި، ކުރެވިދާނެ ކަމެއް ކަމުގައިވުން؛ އަދި
- ތުހުމަތަކާ ނުވަތަ ހާމަކުރެވޭ ސިއްރަކާ ނުވަތަ ދައުލަތުގެ މުވައްޒަފަކު އެޅުމަށް ހުށަހަޅާ ފިޔަވަޅާ ގުޅިގެން އޭނާ އަޅާ ފިޔަވަޅުގެ މަގްސަދަކީ އެހާލަތާ ގުޅިގެން އެކަށީގެންވާ ގޮތަކަށް އެމީހަކު އުޅުމަށް މަޖްބޫރުކުރުމުގެ ގޮތުން އެކަނި ކުރާ ކަމަކަށްވުން.
(ނ) ދަރަޖަކުރުން: ޖިނާއީ މަޖުބޫރުކުރުވުމެއްގެ ދަރަޖަ
- އަންނަނިވި ހާލަތްތަކުގައި، އެ ކުށަކީ، ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.
- ކުރަން މަޖުބޫރުކުރުވާ ކަމަކީ، އެކަން ކޮށްފިނަމަ، ޖިނާޔަތުގެ ކުށެއް ކުރީ ކަމުގައި ބެލެވޭ އަމަލެއް ކުރުންކަމުގައިވުން.
- ގެއްލުމެއް ވެދާނެކަމުގެ ބިރުދައްކާ، އެގޮތުން އެ ގެއްލުން ދީފިނަމަ، ޖިނާޔަތުގެ ކުށެއް ކުރީކަމުގައި ބެލެވޭ އަމަލެއް ކުރުން ކަމުގައިވުން.
-
ޖިނާއީ މަޖުބޫރުކުރުވުން
އެނޫން ހާލަތްތަކުގައި، އެ ކުށަކީ، ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
މާނަކުރުން
142 ވަނަ މާއްދާ - މާނަކުރުން
(ހ) "ހިނގާބިނގާވެ އުޅުމުގެ މިނިވަންކަން" އަށް ދީފައިވަނީ މި ގާނޫނުގެ 140 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ށ) "ގާނޫނީ ބަލަދުވެރިޔާ" އަށް ދީފައިވަނީ މި ގާނޫނުގެ 44 ވަނަ މާއްދާގެ (ބ) ގައި ދީފައިވާ މާނަކުރުމެވެ.
(ނ) "ދައުލަތުގެ މުވައްޒަފު" އަށް ދީފައިވަނީ މި ގާނޫނުގެ 533 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
(ރ) "ހިފެހެއްޓުން" އަށް ދީފައިވަނީ މި ގާނޫނުގެ 140 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
މުދަލުގެ ކުށާއި ޒާތުގެ ކުށް
210 ވަނަ ބާބު
ވައްކަމުގެ ކުށް
210 ވަނަ މާއްދާ - ވައްކަން، ޓެކުން، މަކަރާއި ހީލަތް، ހިޔާނާތް އަދި ފޭރުން
211 ވަނަ މާއްދާ - ވައްކަންކުރުން
212 ވަނަ މާއްދާ - މަކަރާއި ހީލަތުން ނުވަތަ ޓެކުމުން އެހެން މީހެއްގެ މުދަލެއް ނިގުޅައިގަތުން
213 ވަނަ މާއްދާ - ފޭރުން
214 ވަނަ މާއްދާ - ހުއްދަނޫން ގޮތުގައި ހިދުމަތުން ބޭނުންކުރުން ނުވަތަ މަންފާ ހޯދުން
215 ވަނަ މާއްދާ - ހިޔާނާތުގެ ކުށް
216 ވަނަ މާއްދާ - ގެއްލިފައިވާ މުދަލުން ނުވަތަ ބަހައްޓަންވީ ތަން ނޫން ތަނުގައި ބެހެއްޓިފައިވާ މުދަލުން ނުވަތަ އޮޅިގެން ރައްދުކުރެވޭ މުދަލުން ވައްކަންކުރުން
217 ވަނަ މާއްދާ - މުދަލަކުން ހުއްދަނޫން ބޭނުންކުރުން
218 ވަނަ މާއްދާ - ވައްކަންކޮށްގެން ހޯދާފައިވާ މުދާ ބަލައިގަތުން
219 ވަނަ މާއްދާ - މާނަކުރުން
ވައްކަން، ޓެކުން، މަކަރާއި ހީލަތް، ހިޔާނާތް އަދި ފޭރުން
210 ވަނަ މާއްދާ - 211 ވަނަ މާއްދާއިން 216 ވަނަ މާއްދާއަށް ބަޔާންކޮށްފައިވާ އަމަލުތަކަކީ ވައްކަމުގެ އެއް ކުށް ކަމަށްވުން
(ހ) މި ބާބުގެ ދަށުން ކުރާ ދައުވާއެއްގައި، މި ގާނޫނުގެ 211 ވަނަ މާއްދާއިން ފެށިގެން 216 ވަނަ މާއްދާގެ ނިޔަލަށް ބަޔާންކޮށްފައިވާ ކުށްތައް ސާބިތުކުރުމުގެ ގޮތުން ހެކި ހުށަހެޅިދާނެއެވެ.
(ށ) ދަރަޖަކުރުން
މި ގާނޫނުގެ 211 ވަނަ މާއްދާއިން 216 ވަނަ މާއްދާގެ ނިޔަލަށް ބަޔާންކޮށްފައިވާ ކުށުގެ އަމަލު ދަރަޖަކުރެވެނީ، އަންނަނިވި ގޮތުގެމަތިންނެވެ:
- މުދަލުގެ އަގު 500،0000 ރުފިޔާއަށް ވުރެ މަތިވާނަމަ، އެކުށަކީ، ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.
- މުދަލުގެ އަގު 50،000 ރުފިޔާއަށްވުރެ މަތިވާނަމަ، ނުވަތަ ވަގަށްނެގި މުދަލަކީ، ހަތިޔާރެއް ނުވަތަ އިންޖީނުލީ ދުއްވާއެއްޗެއް ނުވަތަ އިންޖީނުލީ ދޯންޏެއް ނުވަތަ އެނޫންވެސްއިންޖީނު އެޅި އުޅަނދެއްކަމުގައިވާނަމަ، އެ ކުށަކީ، ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
- 5،000 ރުފިޔާއަށް ވުރެ މުދަލުގެ އަގު މަތިވާނަމަ، އެ ކުށަކީ، ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.
- 500 ރުފިޔާއަށް ވުރެ މުދަލުގެ އަގު މަތިވާނަމަ، އެ ކުށަކީ، ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
- އެނޫން ހާލަތްތަކުގައި، އެ ކުށަކީ، ޖުނަހްގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ.
(ނ) ހައްގުއޮތުން
އަންނަނިވި ހާލަތްތަކުގައި، އަންނަނިވިގޮތަށް، ދައުވާ ރައްދުވާ މީހާ، ގަބޫލުކުރާކަމަށްވާނަމަ، އޭނާ، މި ބާބުގައި ބަޔާންކޮށްފައިވާފަދަ ކުށެއް ކުރީކަމުގައެއް ނުބެލެވޭނެއެވެ:
- އޭނާގެ އަތުގައި އެ މުދާ ބެހެއްޓުމަށް ނުވަތަ އޭނާ އެ މުދަލުގެ ބޭނުންކުރުމަށް، އަނެކާ ރުހޭނެކަމަށް އެކަށީގެންވާ ގޮތުގައި ގަބޫލުކުރެވިދާނެފަދަ ހާލަތްތަކެއް ހުރުން؛ ނުވަތަ
- އޭނާ އެ މުދާ ބޭނުންކުރުމަށް ނުވަތަ އެ މުދާ އޭނާގެ އަތުގައި ބެހެއްޓުމަށް އޭނާއަށް ހައްގެއް އޮތްކަމުގައި، އެކަށީގެންވާ ގޮތުގައި، ގަބޫލުކުރެވިދާނެފަދަ ހާލަތްތަކެއް ހުރުން.
(ރ) މާނަކުރުން
"އަގު" ކަމަށް ބުނެފައި އެވަނީ، ދައުވާ ރައްދުވާ ފަރާތަށް އެނގޭ ގޮތުގައި ނުވަތަ ކުށްކުރިއިރު އޭނާއަށް އެނގެން ޖެހޭނެ ގޮތުގައި އެ މުދަލަށް އަދުގެ ބާޒާރުން ލިބޭނެ އެންމެ މަތީ އަގަށެވެ.
ވައްކަންކުރުން
211 ވަނަ މާއްދާ - ކުށް ކަނޑައެޅުން
އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ، އެކުރަނީ ކުށެކެވެ:
- އެހެން މީހެއްގެ މުދަލެއް އެމީހަކަށް ނޭނގި ސިއްރުން ނެގުން ނުވަތަ އެހެން މީހެއްގެ މުދަލުގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ތިމާގެ އަމިއްލަ ބާރުހިންގުން؛
- އެކަން އެކުރަނީ އަނެކާއަށް އޮތް އަތުގެވެރިކަމުން، އެ މުދާ ދާއިމަށް ނިގުޅައިގަތުމުގެ މަގްސަދުގައި ކަމުގައިވުން.
(ށ) މާނަކުރުން
"އަނެކާގެ މުދާ" ކަމަށް ބުނެފައި އެވަނީ، ކުށުގެ އަމަލު ހިންގި މީހާއަށް ވުރެ، އެ މުދާ އެ ވަގުތު އެ މީހެއްގެ އަތުގައި ހުރި މީހާއަށް، އެ މުދަލާ ގުޅޭ ގޮތުން، ވަގުތީ، ނުވަތަ ދާއިމީ، ނުވަތަ ގައިރުގާނޫނީ ނަމަވެސް މަތީ ނުވަތަ ބޮޑު ހައްގެއް އެ ވަގުތު ލިބިފައިވާ މުދަލަށެވެ. ސަރުކާރު، ނުވަތަ ކުންފުނި ފަދަ ގާނޫނީ ށަހްސަކަށްވެސް މުދަލަކާ ގުޅިގެން އެފަދަ ހައްގެއް އޮވެދާނެއެވެ.
މަކަރާއި ހީލަތުން ނުވަތަ ޓެކުމުން އެހެން މީހެއްގެ މުދަލެއް ނިގުޅައިގަތުން
212 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލު ކުރާ މީހާ، އެކުރަނީ ކުށެކެވެ:
- އެނގިހުރެ އަނެކާގެ މުދާ އޭނާގެ ކިބައިން ނިގުޅައިގަތުން؛ އަދި
- މަކަރާއި ހީލަތުން އެކަން ކުރުން؛ ނުވަތަ
- ޓެކުމަކުން އެކަން ކުރުން.
(ށ) މާނަކުރުން
- "ޓެކުން" ކަމަށް ބުނެފައި އެވަނީ، އަނެކާއަށް އެކަމުގެ މަންފާއެއް އޮތްކަން ދައްކައިގެން ފައިދާއެއް ނުވަތަ ހިދުމަތެއް ކޮށްދޭން ބުނެ ނުވަތަ އެފަދަ ކަމެއް ވެވިދާނެކަން، ކަމަކުން ނުވަތަ ސިފައަކުން ދައްކައިގެން، ފައިސާ ނުވަތަ ތަކެތި އަތުލައި، އެކަމެއް އެބުނި ގޮތަށް ކޮށްނުދީ އެފައިސާ ނުވަތަ ތަކެތި ބޭނުންކުރުމެވެ.
- "މަކަރާއި ހީލަތް" ކަމަށް ބުނެފައި އެވަނީ ޓެކުމަށް ނުހިމެނޭ ގޮތުން ތިމާއަށް ފައިދާއެއް ހޯދުމަށްޓަކައި އަނެކަކަށް ގެއްލުމެއް ލިބޭ ގޮތަށް ކުރާ އަންނަނިވި ކަންކަމަށެވެ:
- ގާނޫނާ ގުޅޭ ގޮތުން ނުވަތަ މުދަލުގެ އަގާ ގުޅޭގޮތުން ނުވަތަ ސިކުނޑީގެ ހާލަތާ ގުޅޭ ގޮތުން ތެދު ނޫން ތަސައްވުރެއް އުފެއްދުން ނުވަތަ އެފަދަ ތަސައްވުރަކީ، ތެދު ތަސައްވުރެއްކަމުގައި ބަޔާންކުރުން؛ ނުވަތަ
- މުދަލަކާ ގުޅޭ ގޮތުން ހިންގޭ މުއާމަލާތެއްގައި ވަކި މައުލޫމާތެއް ލިބިއްޖެނަމަ، އެ މުއާމަލާތެއްގެ ނަތީޖާ އޭނާ ބަދަލުކޮށްފާނެކަމަށް ހީކުރެވޭ މައުލޫމާތެއް އޭނާއަށް ލިބުނަނުދީ ހިފެހެއްޓުން؛ ނުވަތަ
- އޭނާ ކުރިން އުފައްދައިފައިވާ، ނުވަތަ ތެދުކަމަށް ބަޔާންކޮށްދީފައިވާ ތަސައްވުރެއް ފަހުން ރަނގަޅުނުކުރުން؛ ނުވަތަ
- އެ މުދަލުގެ މައްޗަށް ރަހުނެއް އޮތްކަން، ނުވަތަ އެ މުދާ އޭނާގެއަތުން ބީވެގެންހިނގައިދާނެ ދައުވާއެއް އޮތްކަން، ނުވަތަ މިނިވަންކަމާއެކު، އޭނާގެ އަތުގައި އެމުދާ ބެހެއްޓުމަށް އޮތް ހުރަހެއް (ގާނޫނީ ހުރަހަކީ، އެއާ މެދު ސުވާލު އުފެދޭ ހުރަހެއްކަމުގައިވީނަމަވެސް އެފަދަ ހުރަހެއް) އޮތްކަން ހާމަނުކުރުން؛ ނުވަތަ
- ޗެކެއްގައި ލިޔެފައިވާ އަދަދަށް ނުވަތަ ފައިސާގެ ގޮތުގައި ބަދަލުކުރެވޭ އެނޫންވެސް މާލީ ލިޔުމެއްގައި ލިޔެފައިވާ އަދަދަށް، އެ ލިޔުން ދޫކުރެވޭ ފަރާތުން، އެއަށް ފައިސާ ދެއްކުމަށް އެއްބަސްނުވާނެކަން އެނގިހުރެ، އެފަދަ ޗެކެއް ނުވަތަ ލިޔުމެއް ދޫކުރުން.
- "މާލީ ލިޔުމެއް" ކަމުގައި ބުނެފައި އެވަނީ ގާނޫނީ ގޮތުން ތަންފީޒުކުރެވޭނެ އަންނަނިވި ހައްގުތަކުގެ ތެރެއިން ހައްގެއް ރަމްޒުކޮށްދޭ ކޮންމެ ލިޔުމަކަށެވެ:
- މުދަލަކަށް، ނުވަތަ ހިދުމަތަކަށް، ނުވަތަ އެއްޗަކަށް، ނުވަތަ ކުންފުންޏަކަށް އޮތް މިލްކުވެރިކަމުގެ ހައްގެއް؛ ނުވަތަ
- ފައިސާ ވަކި ދުވަހަކަށް ދައްކާނެކަމުގެ ޔަގީންކަންދޭ ލިޔުން؛ ނުވަތަ
- މުދަލެއް ވަކި ދުވަހަކަށް ހަވާލުކުރާނެކަމުގެ ޔަގީންކަންދޭ ލިޔުން؛ ނުވަތަ
- އެއްބަސްވުމަކުން އުފައްދައިދޭ ހައްގެއް.
(ނ) އިސްތިސްނާ
މީހަކު މަކަރާއި ހީލަތެއް ހެދީ އަންނަނިވި ކަންކަމާގުޅޭ ގޮތުންކަމަށްވާނަމަ އޭނާ އެކުރަނީ ކުށެއް ނޫނެވެ:
- މާލީ ގޮތުން އޭގެ އެއްވެސް އަހަންމިއްޔަތެއްނެތް ކަމަކާގުޅޭ ގޮތުން ކަމުގައިވުން؛ ނުވަތަ
- ބުނާ އެއްޗެއްގެ ސަބަބުން އާންމު ވިސްނުމުގެ އަހުލުވެރިންނަށް އޮޅުމެއް ނާރާނެފަދަ އެއްޗެއް ބުނުން.
(ރ) މަކަރާއި ހީލަތްކަމަށް ގަބޫލު ނުކުރެވޭ ހާލަތް
ކުރިން ވައުދުވެފައިވާ ކަމެއް، އެ ވައުދާ އެއްގޮތަށް ދައުވާ ރައްދުވާ ފަރާތުން ފުރިހަމަނުކުރުން އެއީ އޭގެ ޒާތުގައި، މަކަރާއި ހީލަތެއްކަމުގައި ފަނޑިޔާރު ގަބޫލުކޮށްގެން ނުވާނެއެވެ.
(ބ) އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު ގަބޫލުކުރާނެ ގޮތް
އަންނަނިވި ހާލަތްތަކުގައި މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މަކަރާއި ހީލަތެއް އޮތްކަމުގައި، އެހެންގޮތަކަށް ސާބިތުނުކުރެވޭހާހިނދަކު، ފަނޑިޔާރު ގަބޫލުކުރަންވާނެއެވެ:
- މީހަކު ޗެކަކުން ފައިސާ ދިނުމުގައި:
- އެޗެކުގައިވާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ ފައިސާ ހޯދުމަށް އެދި ޗެކު ދޫކުރެވިފައިވާ ބޭންކަށް ހުށަހެޅުމުން، އެ ޗެކުގައިވާ މިންވަރަށް އެކައުންޓުގައި ފައިސާ ނެތްކަމަށް ބުނެ އެ ފައިސާ ދެވެން ނެތްކަމަށް އެ ބޭންކުން އެންގުމުން، އެގޮތަށް އަންގައިފިކަން ދައުވާ ރައްދުވާ ފަރާތަށް އެނގޭތާ 7 ދުވަހުގެ ތެރޭގައި، އެ ފައިސާ ފުރިހަމައަށް އަދާކޮށް ނުނިންމުން؛ ނުވަތަ
- އެ ޗެކު ދައުވާ ރައްދުވާ ފަރާތުން ދޫކުރިއިރު، އެ ޗެކު ދޫކުރެވިފައިވާ ބޭންކުގައި ދައުވާ ރައްދުވާ މީހާގެ އެކައުންޓެއް ނެތުން؛ ނުވަތަ
- ކްރެޑިޓް ކާޑުން ނުވަތަ ޑެބިޓް ކާޑަކުން ފައިސާދެއްކުމުގައި:
- އެ ކާޑަކީ ވަގަށްނަގާފައިވާ އެއްޗެއްކަން ދައުވާ ރައްދުވާ މީހާއަށް އެނގިފައި އޮތުން؛ ނުވަތ
- އެ ކާޑު ވަނީ، އެ ކާޑު ދޫކުރި ފަރާތުން ބާތިލުކޮށްފައި ނުވަތަ ކެންސަލްކޮށްފައިކަން، ދައުވާ ރައްދުވާ މީހާއަށް އެނގިފައިއޮތުން؛ ނުވަތަ
- އެނޫންވެސް ސަބަބަކާހުރެ ދައުވާ ރައްދުވާ މީހާ އެ ކާޑު ބޭނުންކުރުން އޮތީ، އެ ކާޑު ދޫކުރި ފަރާތުން ނުވަތަ އެ ކާޑުގެ ވެރިފަރާތުން މަނާކޮށްފައިކަން، ދައުވާ ރައްދުވާ މީހާއަށް އެނގިފައި އޮތުން؛ ނުވަތަ
- މީހެއްގެ މުދާ ކުއްޔަށް ދޫކުރުމުގައި ނުވަތަ ކުއްޔަށް ހިފުމުގައި:
- ކުލީގެ އެއްބަސްވުމުގެ މުއްދަތު ހަމަވާތާ 10 ދުވަހުގެ ތެރޭގައި، އެ މުދަލުގެ ވެރިފަރާތަށް ނުވަތަ މުދަލުގެ ވެރިފަރާތުން އެ ކަމަށް ކަނޑައަޅާފައިވާ މީހާއަށް، އެ މުދާ ރައްދުނުކުރުން؛ ނުވަތަ
- އެ މުދަލުގެ ވެރިފަރާތާއެކު ކުލީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަގްސަދުގައި، އޭނާގެ ށަހްސާ ގުޅޭގޮތުން ދޮގު މައުލޫމާތު ދިނުން، ނުވަތަ އޭނާގެ ނަމާއި ނުވަތަ އެޑްރެހާއި ނުވަތަ އޭނާ ވަޒީފާއަދާކުރާ ތަނާއި ނުވަތަ އެއްބަސްވުމުގައި އޭނާ ސޮއިކުރުމާ ގުޅޭގޮތުން ދިން މައުލޫމާތަކީ، ތެދު މައުލޫމާތެއްކަމުގައި ނުވުން.
- މުދާ އަނބުރާ ހަވާލުކުރުމަށް އެންގުމުގެ ވާޖިބު
މި މާއްދާގެ މި އަކުރުގައި ބަޔާންކޮށްފައިވާ އެއްވެސް ކަމެއްގެ ސަބަބުން މީހެއްގެ މިލްކުވެރިކަމުގައިވާ މުދާ އަނބުރާ އޭނާއާ ހަވާލުކުރުމަށް އެންގުމަށް، އޭނާއަށް އޮތް ހައްގަކުން އޭނާ ބަރީއައެއް ނުވެއެވެ. އެފަދަ އެންގުމެއް ލިޔުމުން އަންގާ އިރުގައި، ކުލީގެ އެއްބަސްވުމުގައި ސޮއިކުރިއިރު ދައުވާ ރައްދުވާ މީހާ، ދީފައިވާ އެޑްރެހަށް އެފަދަ ލިޔުމެއް ޕޯސްޓުން ފޮނުވުމަކީ، ސައްހަ ގޮތުގައި އެންގި އެންގުމެއްކަމުގައި ބެލެވޭނެއެވެ.
(ޅ) ދަރަޖަކުރުން
މި ގާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ (5) ވަނަ ނަންބަރުގައި އެހެން އޮތްކަމުގައި ވީނަމަވެސް، މި މާއްދާގައި ކުށެއްކަމުގައި ކަނޑައަޅާފައިވާ އަމަލެއް މީހަކު ކުރަނީ، ޗެކެއްގެ ނުވަތަ ކްރެޑިޓް ކާޑެއްގެ ނުވަތަ ޑެބިޓް ކާޑެއްގެ ނުވަތަ މަނީ އޯޑަރެއްގެ ނުވަތަ އެނޫންވެސް މާލީ ލިޔުމެއްގެ ބޭނުން މަކަރުވެރި ގޮތުގައި ހިފައިގެންކަމަށްވާނަމަ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށަކަށް ވުރެ އެ ކުށް ކުޑައެއް ނުވާނެވެ.
ފޭރުން
213 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލު ކުރާ މީހާ، އެކުރަނީ ކުށެކެވެ:
- އަނެކާގެ މުދާ ގަސްދުގައި އަތުލުން.
- ބޮޑު ގެއްލުމެއް އެ މީހާއަށް ދީފާނެކަމުގެ ބިރުދައްކައިގެން، އެކަން ކުރުން.
(ށ) އިސްތިސްނާ ހާލަތް
މީހަކު މުދަލެއް ހޯދީ އަންނަނިވި ސަބަބުތަކުގެ ތެރެއިން ސަބަބަކަށްޓަކައި، އަނބުރާ ހޯދަން ޖެހިފައިވާ މުދާކަމުގައި ނުވަތަ ގެއްލުމުގެ ބަދަލުގައި ހޯދި މުދާ ކަމަށް، އިހްލާސްތެރިކަމާއެކު ދެކެގެންކަމުގައިވާނަމަ، އޭނާ ކުރި އަމަލަކީ، ކުށެއް ނޫނެވެ:
- އެ މުދާ ހޯދި ހާލަތާ ސީދާ ގުޅުން ހުރި ގޮތުގައި، އޭނާއަށް ލިބިފައިވާ ގެއްލުމަކަށްޓަކައި ކަމުގައިވުން؛ ނުވަތަ
- ގާނޫނީ ގޮތުން ހުއްދަ މުއާމަލާތެއްގެ ދަށުން އޭނާއަށް ލިބެން ޖެހޭ މުދަލެއް ނުވަތަ ދަރަނީގެ ފައިސާއެއްގެ ބަދަލުގައިކަމުގައިވުން.
ހުއްދަނޫން ގޮތުގައި ހިދުމަތުން ބޭނުންކުރުން ނުވަތަ މަންފާ ހޯދުން
214 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ، އެކުރަނީ ކުށެކެވެ:
- ދައުވާ ރައްދުވާ މީހާއަށް، އެއީ:
- އަގެއް ދައްކައިގެން ނޫނީ ހޯދެން ނެތް ހިދުމަތެއްކަން އެނގިހުރުމާއެކު؛
- އޮޅުވާލައިގެން ނުވަތަ ބިރުދައްކައިގެން ނުވަތަ ސައްހަނޫން މާލީ ލިޔުމެއް ހުށަހަޅައިގެން ނުވަތަ އެނޫންވެސް ގޮތަކަށް ކަމެއް ކޮށްގެން، އެ ހިދުމަތަށް އަގުދެއްކުމުން މަނާވެގަތުމަށްޓަކައި، ނުވަތަ
- ބަޔަކު ދޭ ހިދުމަތެއްގެ މައްޗަށް، ދައުވާ ރައްދުވާ މީހާގެ ފަރާތުން އޮންނަން ނުޖެހޭ ކޮންޓްރޯލެއް އޮވެ:
- އެނގިހުރެގެން އެ ހިދުމަތް ހޯދުން ނުވަތަ އެ ހިދުމަތުގެ ބޭނުންކުރުން؛ ނުވަތަ
- އެ ހިދުމަތް ހޯދީ ނުވަތަ އެ ހިދުމަތުގެ ބޭނުންކުރީ، އޭނާގެ ފައިދާއަށް ކަމުގައިވުން، ނުވަތަ އެ ފައިދާ ލިބެންނުޖެހޭ މީހެއްގެ ފައިދާއަށްކަމުގައިވުން، ނުވަތަ އެ ހިދުމަތުގެ ފައިދާ ލިބެންޖެހޭ ބަޔަކަށް އެ ހިދުމަތް ނުލިބޭގޮތަށް ކަމުގައިވުން.
(ށ) މާނަކުރުން
"ހިދުމަތް" ކަމަށް ބުނެފައި އެވަނީ، މީހުން ލައްވާ ކުރުވާ މަސައްކަތަށާއި، ފަންނީ ހިދުމަތަށާއި، މުއާސަލާތުގެ ވަސީލަތްތަކަށާއި، އާންމު ބޭނުންތަކުގެ ހިދުމަތްތަކަށާއި، ގޭގޭގައި ނުވަތަ ހޮޓާހޮޓަލުގައި މީހުން ބޭތިއްބުމުގެ ހިދުމަތަށާއި، މައްރަޒުތަކަށް މީހުން ވެއްދުމަށާއި، ފިކުރީ ނުވަތަ އުފުލޭ މުދާ ބޭނުންކުރުމަށާއި، އިލެކްޓްރޯނިކް ހިދުމަތެއްގެ ބޭނުންހިފުން ހިމެނޭ ގޮތުންނެވެ. އެކަމަކު އެކަންކަމަށް އެކަނިމެ މަހްދޫދު ނުވާނޭ ގޮތުގެމަތިންނެވެ.
(ނ) އެހެންގޮތަކަށް ސާބިތުނުވާހާހިނދަކު ގަބޫލުކުރާނެގޮތް
އަންނަނިވި ހާލަތްތަކުގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު، ދައުވާ ރައްދުވާ މީހާއަށް ލިބި ހުރިކަމަށް، އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު، ފަނޑިޔާރު ގަބޫލުކުރަން ވާނެއެވެ:
- ހިދުމަތަކަށް އަގުދެއްކުމަށް އިންކާރުކުރުން، ނުވަތަ ހިދުމަތަކަށް އަގުނުދައްކާ ނުވަތަ އަގުދައްކާނެކަމުގައި ބަޔާންނުކޮށް އެ ތަނުން ދިއުން؛ އަދި
- ހޮޓާހޮޓަލާއި، ރެސްޓޯރަންޓްތަކާއި އަދި އެފަދަ ހިދުމަތުގެ ސިނާއަތްތަކުގައި އަމަލުކުރެވޭ އުސޫލުން އެ ހިދުމަތަކަށް އާންމުކޮށް އަގުދައްކަނީ އެ ހިދުމަތް ލިބިގަންނަ ވަގުތުގައި ކަމުގައިވުން.
ހިޔާނާތުގެ ކުށް
215 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި އަންނަނިވި އަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ:
- އެއްބަސްވުމެއްގެ ދަށުން ނުވަތަ ގާނޫނީ އިލްތިޒާމެއްގެ ދަށުން ނުވަތަ ޒިންމާއުފުލަންޖެހޭ މަސްލަހަތެއް އޮންނަ ހާލަތުގައި، އަނެކާގެ މުދަލެއް މީހަކު ލިބިގަންނަނީ، އަގެއް އަދާކުރުމަށް ނުވަތަ އެ މުދަލުން ވަކި ތަސައްރުފެއް ކުރުމަށްކަމުގައި ވެފައި؛
- އޭނާގެ އަމިއްލަ މުދަލުގެ ގޮތުގައި އެ މުދަލުން މުއާމަލާތްކޮށް؛
- އެ މުދަލަކުން އަދާކުރަން ޖެހޭ އަގު އަދާނުކުރުން ނުވަތަ އެއިން ކުރަންޖެހޭ ތަސައްރުފު ނުކުރުން.
(ށ) އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު ގަބޫލުކުރާނެ ގޮތް
- ދައުލަތުގެ މުވައްޒަފަކު ނުވަތަ މާލީ އިދާރާއެއްގެ މުވައްޒަފަކު ނުވަތަ ވަކީލަކު ނުވަތަ އެކައުންޓެންޓަކު ނުވަތަ އެނޫންވެސް މާލީ ހިދުމަތްތެރިއަކު، އުފުލަންޖެހޭ ގާނޫނީ ވާޖިބުތަކުގެ މައުލޫމާތު، އޭނާއަށް، މި މާއްދާގެ ބޭނުމަށްޓަކައި ލިބިގެންވާކަމުގައި، އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު، ފަނޑިޔާރު ގަބޫލުކުރަން ވާނެއެވެ. އެހެންނަމަވެސް ދައުވާ ރައްދުވާ ފަރާތުން އުފުލަންޖެހޭ ގާނޫނީ އިލްތިޒާމުތައް ގާނޫނަކުން ނުވަތަ ރަސްމީ އިއްލާނަކުން ނުވަތަ ތަބާވާންޖެހޭ ނިޔާއަކުން ސާފު ބަހުން އެކަށައަޅާދީފައިނުވާކަން، ސާބިތުކޮށްދިނުމުގެ ހައްގު ދައުވާ ރައްދުވާ މީހާއަށް ލިބިގެންވެއެވެ.
- އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު އަންނަނިވި ހާލަތްތަކުގައި، ދައުވާ ރައްދުވާ މީހާގެ އަމިއްލަ މުދަލުގެ ގޮތުގައި އަނެކާގެ މުދާ ބޭނުންކޮށްފައިވާކަމަށް، ފަނޑިޔާރު ގަބޫލުކުރަންވާނެއެވެ.
- ގާނޫނުގައި ހުއްދަ ގޮތަކަށް އެކަމަށް އެދުމުން، ފައިސާ ނުދެއްކުން ނުވަތަ، އެ ފައިސާއަށް ވީގޮތް ބަޔާންކޮށް ނުދެވުން؛ ނުވަތަ
- އެކަން ބަލައި ހޯދުމުން ފައިސާ ހުރީ މަދުންކަމަށް ސާބިތުވުން ނުވަތަ ކަމާ ގުޅޭ ލިޔުންތައް ހުރީ އޮޅުވާލާފައިކަން ހާމަވުން.
(ނ) މާނަކުރުން
- "މާލީ އިދާރާ" ކަމަށް ބުނެފައި އެވަނީ، ބޭންކަށާއި، އިންށުއުރަންސް ކުންފުނިތަކަށާއި، ކްރެޑިޓް ޔޫނިއަންތަކަށާއި، އިމާރާތްކުރުމާއި ލޯނުދިނުމުގެ ޖަމާއަތްތަކަށާއި، އިންވެސްޓްމެންޓް ޓްރަސްޓުތަކަށާއި، ފަހަށް ރައްކާކުރަން މީހުން ބޭނުންވާ ފައިސާ ޖަމާކުރެވިދާނެ ތަންތަންކަމުގައި ނުވަތަ ގިނަ ބަޔަކު ގުޅިގެން ފައިސާ އިންވެސްޓުކުރެވިދާނެ ތަންތަންކަމުގައި އާންމުންނަށް އަންގައިދީފައިވާ ތަންތަނަށާއި، މީހުންގެ ފައިސާ ޖަމާކޮށްދޭ ތަންތަނަށެވެ.
- "މާލީ ހިދުމަތްތެރިއެއް" ކަމަށް ބުނެފައި އެވަނީ، ކަމުގެ ފަންނީ ތައުލީމު ލިބިގެން ތިބެ، ފައިސާއާއި ފައިސާގެ ގޮތުގައި ބެލެވޭ ލިޔެކިޔުން ބެލެހެއްޓުމަށާއި، އޮޑިޓްކުރުމަށާއި، އޭގެ މުއާމަލާތްކުރުމުގެ މަސްއޫލިއްޔަތު އުފުލުމަށް ހަވާލުކުރެވިފައިވާ މީހުންނަށެވެ.
- "ޒިންމާ އުފުލުމުގެ މަސްލަހަތު" ކަމަށް ބުނެފައި އެވަނީ، މީހެއްގެ ފަރާތުން، ނުވަތަ ޖަމްއިއްޔާއެއްގެ ފަރާތުން، ނުވަތަ އިދާރާއެއްގެ ފަރާތުން، އެފަރާތުގެ މަސްލަހަތަށްޓަކައި ވަކި އަމަލުތަކެއް ކުރުމުގެ ގާނޫނީ ވާޖިބެއް އޮތުމަށެވެ.
(ރ) ދަރަޖަކުރުން
މި ގާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ (5) ވަނަ ނަންބަރުގައި އެހެން އޮތްކަމުގައި ވީނަމަވެސް، މީހަކު މި މާއްދާގައިވާ ކުށެއް ކޮށްފިނަމަ، އެ ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށަކަށްވުރެ ކުޑަ ކުށަކަށް ވެގެންނުވާނެއެވެ.
ގެއްލިފައިވާ މުދަލުން ނުވަތަ ބަހައްޓަންވީ ތަން ނޫން ތަނުގައި ބެހެއްޓިފައިވާ މުދަލުން ނުވަތަ އޮޅިގެން ރައްދުކުރެވޭ މުދަލުން ވައްކަންކުރުން
216 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ، އެކުރަނީ ކުށެކެވެ:
- މީހަކަށް ލިބޭ މުދަލަކީ، ގެއްލިގެން އުޅޭ މުދަލެއްކަން އެނގިހުރެ، ނުވަތަ ބަހައްޓަންވީ ތަން ނޫން ތަނެއްގައި ބެހެއްޓިފައިވާ މުދަލެއްކަން އެނގިހުރެ ނުވަތަ މުދަލުގެ ބާވަތާ ގުޅޭ ގޮތުން، ނުވަތަ އަދަދާ ގުޅޭގޮތުން، ނުވަތަ ރައްދުކުރެވުނު މީހާއާ ގުޅޭގޮތުން އޮޅުމެއް އަރައިގެން ރައްދުކުރެވުނު މުދަލެއްކަން އެނގިހުރެ، އެ މުދާ ބަލައިގަތުމާއި؛
- އެކަން އެކުރަނީ އެހެން މީހެއްގެ ކިބައިން އެ މުދާ ނިގުޅައިގަތުމުގެ މަގްސަދުގައި ކަމުގައިވުމާއި؛
- އެ މުދަލުގެ ވެރިފަރާތަށް އެ މުދާ ރައްދުކުރުމަށް އަޅަންޖެހޭ އެކަށީގެންވާ ފިޔަވަޅުތައް ނޭޅުން.
(ށ) މާނަކުރުން
"ވެރިފަރާތް" ކަމުގައި ބުނެފައި އެވަނީ އެ މުދަލުގެ މައްޗަށް ގާނޫނީ ހައްގު އޮތް ކޮންމެ މީހަކަށެވެ.
މުދަލަކުން ހުއްދަނޫން ބޭނުންކުރުން
217 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ، އެކުރަނީ ކުށެކެވެ:
- ކަނޑައެޅިގެން އެނގިހުރެ މީހެއްގެ މުދަލުން، އަންނަނިވި ގޮތަކުން ކުރެ ގޮތަކަށް، ވަގުތީ ބޭނުމެއް ކުރުން:
- އަނެކާގެ ހުއްދައެއްނެތި؛ ނުވަތަ
- އަނެކާގެ ހުއްދަ އޮތްނަމަވެސް، އެ ހުއްދައިގައި ކަނޑައެޅިފައިވާ ށަރުތުތަކުގެ ދާއިރާއިން ބޭރުގައި؛ އަދި
- އެ މުދަލަކީ އެކަށީގެންވާ އަގެއްގެ މުދަލަކަށްވާތީ، އެފަދަ ބޭނުމެއް އެ މުދަލުން ކުރާ އިރުގައި، އެއަށް އަގުދައްކަންޖެހޭނެކަން، އާންމު މީހާއަށް ގަބޫލުކުރެވޭ ބާވަތުގެ މުދަލަކަށްވުން.
(ށ) މާނަކުރުން
"ވަގުތީ ބޭނުން" ކަމުގައި ބުނެފައި އެވަނީ މީހެއްގެ މިލްކުގައިވާ މުދާ އޭނާގެ ކިބައިން ދާއިމަށް ނިގުޅައިގަތުންކަމަށް ނުބެލެވޭ ގޮތަށް އެ މުދަލުން ހިފޭ ބޭނުމަށެވެ.
(ނ) ދަރަޖަކުރުން
މިކުށް ދަރަޖަކުރާނީ މި ގާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގައި ދަރަޖަކޮށްފައިވާ ގޮތަށެވެ. އަދި މުދަލެއް ބޭނުންކުރުމާ ގުޅިގެން އޭގެ އަގަށް މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ބެލުމުގައި، އެ އަގުކަމަށް ބަލާނީ އެ މާއްދާގެ (ރ) ގައި އަގު މާނަކުރެވޭ ގޮތަށެވެ.
ވައްކަންކޮށްގެން ހޯދާފައިވާ މުދާ ބަލައިގަތުން
218 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ، އެކުރަނީ ކުށެކެވެ:
- އަނެކާގެ މުދާ ބަލައިގަތުމާއި ބެހެއްޓުމާއި އޭގެ ތަސައްރުފެއް ކުރުން.
- އެ މުދަލަކީ ވައްކަންކޮށްފައިވާ މުދާކަން ކަށަވަރުކުރުމުގައި ފަރުވާ ބަހައްޓައިފައިނުވުން.
- އެ މުދާ އޭނާ ބަލައިގަތީ ނުވަތަ ބެހެއްޓީ އެ މުދަލުގެ ވެރިފަރާތަށް ރައްދުކުރުމަށްކަމަށް ނުވުން.
(ށ) ދަރަޖަކުރުން
މި ގާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގައި މުދަލުން ވައްކަންކުރުމަށް ދީފައިވާ ދަރަޖަކުރުމަށްވުރެ، މި ކުށުގެ ދަރަޖަ، އެއް ދަރަޖަ ތިރިވާނެއެވެ.
މާނަކުރުން
219 ވަނަ މާއްދާ - މާނަކުރުން
(ހ) "މަކަރާއި ހީލަތް" އަށް ދީފައިވަނީ މި ގާނޫނުގެ 212 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ށ) "ޒިންމާ އުފުލުމުގެ މަސްލަހަތު" އަށް ދީފައިވަނީ މި ގާނޫނުގެ 215 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ނ) "މާލީ އިދާރާ" އަށް ދީފައިވަނީ މި ގާނޫނުގެ 215 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ރ) "މާލީ ލިޔުން" އަށް ދީފައިވަނީ މި ގާނޫނުގެ 212 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ބ) "މާލީ ހިދުމަތްތެރިޔާ" އަށް ދީފައިވަނީ މި ގާނޫނުގެ 215 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ޅ) "ވެރިފަރާތް" އަށް ދީފައިވަނީ މި ގާނޫނުގެ 216 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
(ކ) "އަނެކާގެ މުދާ" އަށް ދީފައިވަނީ މި ގާނޫނުގެ 211 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
(އ) "ހިދުމަތް" އަށް ދީފައިވަނީ މި ގާނޫނުގެ 214 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
(ވ) "ވަގުތީ ބޭނުން" އަށް ދީފައިވަނީ މި ގާނޫނުގެ 217 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
(މ) "އަގު" އަށް ދީފައިވަނީ މި ގާނޫނުގެ 210 ވަނަ މާއްދާގެ (ރ) ގައި ދީފައިވާ މާނަކުރުމެވެ.
220 ވަނަ ބާބު
މުދަލަށް ގެއްލުންދިނުމާއި މުދާ ހަލާކުކުރުމުގެ ކުށް
220 ވަނަ މާއްދާ - މުދަލަށް ގެއްލުންދިނުން
221 ވަނަ މާއްދާ - މުދަލަށް ނުރައްކާ ކުރުން
222 ވަނަ މާއްދާ - ފަނާކޮށްފާނެކަމުގެ ބިރުދެއްކުން
223 ވަނަ މާއްދާ - މާނަކުރުން
މުދަލަށް ގެއްލުންދިނުން
220 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) މުދަލުގެ ވެރިފަރާތުގެ ރުހުމެއްނެތި އަދި އެ މުދަލަށް ފަރުވާ ބެހެއްޓުމެއް ނެތި، އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ، އެކުރަނީ ކުށެކެވެ:
- މުދަލަށް ގެއްލުން ދިނުން؛ ނުވަތަ
- މުދަލަކާ ބެހުމުގެ ސަބަބުން، މުދަލަށް ގެއްލުމެއް ލިބުން.
(ށ) އިސްތިސްނާ
އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ، އެކުރަނީ މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށެއްކަމުގައެއް ނުބެލެވޭނެއެވެ:
- ދައުވާ ރައްދުވާ މީހާ ބެހުނީ އޭނާގެ އަމިއްލަ މުދަލާކަމުގައިވުން؛
- އެކަން އޭނާ ކުރަނީ އޭނާއަށް ގާނޫނީ ގޮތުން ލިބިދޭ ހައްގުތަކުގެ ދާއިރާގެ ތެރޭގައި ކަމުގައިވުން؛ އަދި
- އަނެކާގެ މުދަލަށް ގެއްލުމެއް ލިބުނީ ދައުވާ ރައްދުވާ މީހާގެ މިލްކުވެރިކަމުގައިވާ ނުވަތަ ދައުވާ ރައްދުވާ މީހާ ކޮންޓްރޯލުކުރާ މުދަލެއްގެ ނުވަތަ ހިދުމަތެއްގެ މައްޗަށް އެ މީހަކު ބުރަވުމުގެ ސަބަބުންކަމަށްވުމާއި، އެމީހަކު އެގޮތަށް ބުރަވީ، އެ މުދަލަކާ ގުޅޭގޮތުން ނުވަތަ ހިދުމަތަކާ ގުޅޭގޮތުން ގާނޫނީ ހައްގެއް ހޯދުމަކާ ނުލައިކަމުގައިވުން.
(ނ) އެހެން ގޮތަކަށް ސާބިތު ނުވާހާހިނދަކު ގަބޫލުކުރާނެ ގޮތް
ގެއްލުން ލިބުނު މުދަލަށް އެ ގެއްލުން ލިބުނީ، ދައުވާ ރައްދުވާ މީހާ އަލިފާން ބޭނުންކޮށްގެން ކަމުގައިވާނަމަ ނުވަތަ މަނާކުރެވިފައިވާ މާއްދާއެއް ބޭނުންކޮށްގެން ކަމުގައިވާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ދައުވާ ރައްދުވާ މީހާ އަމަލުކުރީ ފަރުވާލެއް ނުބަހައްޓައި ކަމުގައި، އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު، ފަނޑިޔާރު ގަބޫލުކުރަންވާނެއެވެ.
(ރ) ދަރަޖަކުރުން
މި ކުށަކީ؛
- ލިބުނު ގެއްލުމުގެ އަގު 500،000 ރުފިޔާއަށް ވުރެ މަތިވާ ކަމުގައިވާނަމަ، ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
- ލިބުނު ގެއްލުމުގެ އަގު 50،000 ރުފިޔާއަށް ވުރެ މަތިވާ ކަމުގައި ވާނަމަ، ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.
- ލިބުނު ގެއްލުމުގެ އަގު 5،000 ރުފިޔާއަށްވުރެ މަތިވާނަމަ، ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
- ލިބުނު ގެއްލުމުގެ އަގު 500 ރުފިޔާއަށް ވުރެ މަތިވާނަމަ، ޖުނަހްގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ.
- އެނޫން ހާލަތްތަކުގައި އެ ކުށަކީ ޖުނަހްގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.
- ތިމާވެއްޓަށް ގެއްލުން ލިބޭ ހާލަތްތަކުގައި އިތުރު ޖޫރިމަނާކުރުން
"ހުއްދަ ކުރެވިފައިވާ ޖޫރިމަނާގެ އަދަދުތައް" މި ސުރުހީގެ ދަށުގައި 93 ވަނަ މާއްދާ އެހެން އޮތްކަމުގައި ވީނަމަވެސް، މީހަކު މި މާއްދާގެ ދަށުން ކުށެއްކަމުގައި ބަޔާންކޮށްފައިވާ އަމަލު ކުރުމުގައި، ތިމާވެށީގެ ގޮތުން ބަލާއިރު މުހިންމުކަމަށް ބެލެވޭ ތަނަކަށް ނުވަތަ މުދަލަކަށް ގެއްލުމެއް ދީފިކަމަށް ވާނަމަ، އެދިން ގެއްލުމުގެ ބަދަލުގެ އިތުރުން، އެމީހަކު ގިނަވެގެން 100،000،000 ރުފިޔާއިން ޖޫރިމަނާކުރެވިދާނެއެވެ. -
ތިމާވެށީގެ ގޮތުން މުހިންމުވުން
އަންނަނިވި ހާލަތްތަކުގައި ވަކި ތަނަކީ ނުވަތަ ވަކި އެއްޗަކީ ނުވަތަ ވަކި މުދަލަކީ ތިމާވެށީގެ ގޮތުން ބަލާއިރު މުހިންމުކަން ދެވޭ ތަނެއް ނުވަތަ އެއްޗެއް ނުވަތަ މުދަލެއްކަމުގައި ބެލެވޭނެއެވެ.- އެއީ، ތިމާވެށީގެ ގޮތުން ހާއްސަ މުހިންމުކަމެއް ދެވޭ ތަނެއް، ނުވަތަ އެއްޗެއް، ނުވަތަ މުދަލެއްކަން، އާންމު މީހަކަށްވެސް އެނގޭ ފަދަ ތަނެއް ނުވަތަ އެއްޗެއް ނުވަތަ މުދަލަކަށްވުން ނުވަތަ ހަގީގަތުގައިވެސް އެކަން އޭނާއަށް އެނގިގެންވުން؛ ނުވަތަ
- ސަރުކާރުން ނުވަތަ ބައިނަލްއަގްވާމީ ޖަމްއިއްޔާއަކުން އެ ތަނަކީ، ނުވަތަ އެއްޗަކީ، ނުވަތަ މުދަލަކީ، އެފަދަ ހާއްސަ މުހިންމުކަމެއް ދެވޭ ތަނެއްކަން ނުވަތަ އެއްޗެއްކަން ނުވަތަ މުދަލެއްކަން ގަބޫލުކޮށްފައިވުން.
(ބ) މާނަކުރުން
"ބެހުން" ކަމަށް ބުނެފައި އެވަނީ، މީހެއްގެ މުދަލަކަށް ނަހަމަ ގޯނާއެއް ކުރުމާއި އަދި އެ މުދަލަކުން އާންމުކޮށް ހިފޭ ބޭނުމަށް ނުވަތަ ނަތީޖާއަށް އުނިކަމެއް އަތުވެދާނެ ގޮތުން ކުރާ އަމަލަށެވެ.
މުދަލަށް ނުރައްކާ ކުރުން
221 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) މީހުން ދިރިއުޅޭ އިމާރާތަކަށް ނުވަތަ މުހިންމު އާންމު ތަނަކަށް ނުވަތަ އެއިން ތަނެއްގެ ބަޔަކަށް، އެތަނެއް ނުވަތަ ބައެއްނެތި ހިނގައިދާނެ ކަމުގެ ބިރެއް އުފެދޭ ބާވަތުގެ އަމަލެއް، އެކަމުގެ ހުއްދަނެތި ކުރާ މީހާ އެކުރަނީ ކުށެކެވެ.
(ށ) މާނަކުރުން
"މީހުން ދިރިއުޅޭ އިމާރާތް" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ބޭނުންތަކުގެ ތެރެއިން ބޭނުމަކަށްޓަކައި ބޭނުންކުރެވޭ، އަދި ކުށުގެ އަމަލު ހިނގިއިރު އެ ތާނގައި މީހުން ދިރިއުޅުނުކަމުގައި ވިޔަސް އަދި ނުވިޔަސް އިމާރާތަކަށް ނުވަތަ އެއްގަމު އުޅަނދަކަށް ނުވަތަ ކަނޑުގެ އުޅަނދަކަށް ނުވަތަ އެފަދަ އިމާރާތްތައް ނުވަތަ އުޅަނދެއްގެ ވަކި ބަޔަކަށެވެ.
- އެ ތަނެއްގައި މީހަކު ދިރިއުޅޭ ނުވަތަ އޭނާގެ ވިޔަފާރި، ނުވަތަ އޭނާގެ އެހެންވެސްކަމެއް ހިންގާ ތަނަކަށްވުން؛ ނުވަތަ
- ވިޔަފާރީގެ ބޭނުމަށް، ނުވަތަ ސަރުކާރުގެ ބޭނުމަށް ނުވަތަ އަޅުކަމުގެ ބޭނުމަށް ނުވަތަ ތައުލީމުގެ ބޭނުމަށް ނުވަތަ މުނިފޫހިފިލުވުމުގެ ބޭނުމަށް ނުވަތަ އާންމު އުސޫލުން ނުވަތަ ވިޔަފާރީގެ އުސޫލުން ދަތުރުފަތުރުކުރުމުގެ ބޭނުމަށް، މީހުން އެއްވެ އުޅޭ ތަނަކަށްވުން؛ ނުވަތަ
- ރޭގަނޑު ނިދުމަށް މީހުން ބޭނުންކުރާ ތަނަކަށްވުން.
(ނ) ދަރަޖަކުރުން
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށަކީ، މި ގާނޫނުގެ 220 ވަނަ މާއްދާގެ (ރ) އިން މުދަލަށް ގެއްލުންދިނުމުގެ ކުށަށް ކަނޑައަޅާފައިވާ ދަރަޖައަށްވުރެ އެއް ދަރަޖަ ދަށް ކުށެކެވެ. (އިސްލާހު ކުރެވިފައި)
(ރ) މާނަކުރުން
"މުހިންމު އާންމު ތަންތަން" ކަމަށް ބުނެފައި އެވަނީ، އާންމު ފަރުދުންނަށް މުހިންމު ހިދުމަތެއް ފޯރުކޮށްދޭ މުދަލަށާއި ވަސީލަތްތަކަށެވެ. އޭގެ ތެރޭގައި، މުހިންމު ހިދުމަތްތައް ދެމުންގެންދާ ފާލަމާއި އާންމުކޮށް ބޭނުންކުރާ އެއްގަމުގެ މަގުތަކާއި، ކަނޑުގެ މަގުތަކާއި، ބަނދަރުތަކާއި، މުއާސަލާތުގެ ބިނާތަކާއި، އާންމުން ބޭނުންހިފާ ތަންތަނާއި، ޓްރާންސިޓް މަރުކަޒުތަކާއި ދައުލަތުގެ އިމާރާތްތައް ހިމެނޭ ގޮތުންނެވެ.
ފަނާކޮށްފާނެކަމުގެ ބިރުދެއްކުން
222 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ، އެކުރަނީ ކުށެކެވެ:
- ކަނޑައެޅިގެން އެނގިހުރެ، ފަނާކުރަނިވި އަމަލެއް ހިންގަފާނެކަމުގެ ބިރު މީހަކަށް ނުވަތަ ބަޔަކަށް ދެއްކުން: ނުވަތަ
-
މީހަކު އެނގިހުރެ ފަނާކުރަނިވި މާއްދާއެއް އަތުގައި ބަހައްޓާފައި ހުރީ ޖިނާޔަތުގެ ކުށެއް ކުރުމަށް ބޭނުންކުރުމުގެ މަފްސަދުގައިކަމުގައި ވުން؛ ނުވަތަ އެހެން މީހަކު އެފަދަ ޖިނާޔަތުގެ ކުށެއް ކުރުމުގައި ބޭނުންކޮށްފާނެކަން އެނގިހުރެ ކަމުގައިވުން.
(އިސްލާހު ކުރެވިފައި) - (އުނި ކުރެވިފައި)
(ށ) މާނަކުރުން
"ފަނާކުރުން" ކަމަށް ބުނެފައި އެވަނީ
- ފަސް މީހެއްގެ ނުވަތަ އެއަށްވުރެ ގިނަ ބަޔެއްގެ ހަށިގަނޑަށް ބޮޑެތި އަނިޔާ ލިބިދިނުން؛ ނުވަތަ
- މީހުން ދިރިއުޅޭ ފަސް އިމާރާތަށް ނުވަތަ އެއަށްވުރެ ގިނަ އިމާރާތަށް ބޮޑެތި ގެއްލުން ދިނުން؛ ނުވަތަ
- މުހިންމު އާންމު ތަނެއްގެ ހިންގުމަށް، އެކަށީގެންވާ ހުރަހެއް ނުވަތަ އުނިކަމެއް ގެނައުން؛ ނުވަތަ
- 500،000 (ފަސްލައްކަ) ރުފިޔާއަށް ވުރެ ބޮޑު އަދަދެއްގެ ގެއްލުން މުދަލަކަށް ފޯރުކުރުން.
(ނ) ދަރަޖަކުރުން: ފަނާކުރުމަށް އެހީވެދިނުން
- މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ކުށަކީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
- ފަނާކުރަނިވި އަމަލެއްގެ ބިރުދެއްކުން
މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައިވާ ކުށަކީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.
މާނަކުރުން
223 ވަނަ މާއްދާ - މާނަކުރުން
(ހ) "ފަނާކުރުން" އަށް ދީފައިވަނީ މި ގާނޫނުގެ 222 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
(ށ) "ފަނާކުރަނިވި މާއްދާ" އަށް ދީފައިވަނީ މި ގާނޫނުގެ 121 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ނ) "މީހުން ދިރިއުޅޭ އިމާރާތް" އަށް ދީފައިވަނީ މި ގާނޫނުގެ 221 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
(ރ) "އަނެކާގެ މުދާ" އަށް ދީފައިވަނީ މި ގާނޫނުގެ 211 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
(ބ) "ހަށިގަނޑަށް ލިބޭ ބޮޑެތި އަނިޔާ" އަށް ދީފައިވަނީ މި ގާނޫނުގެ 17 ވަނަ މާއްދާގެ (91) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ޅ) "ބެހުން" އަށް ދީފައިވަނީ މި ގާނޫނުގެ 220 ވަނަ މާއްދާގެ (ބ) ގައި ދީފައިވާ މާނަކުރުމެވެ.
(ކ) "މުހިންމު އާންމު ތަންތަން" އަށް ދީފައިވަނީ މި ގާނޫނުގެ 221 ވަނަ މާއްދާގެ (ރ) ގައި ދީފައިވާ މާނަކުރުމެވެ.
230 ވަނަ ބާބު
ހުއްދަ ނެތް ތަންތަނަށް ވަނުމުގެ ކުށް
230 ވަނަ މާއްދާ - ހުއްދަނޫން ތަނަކަށް ވަނުން
231 ވަނަ މާއްދާ - މީހުން ދައްކާ ވާހަކަ ސިއްރުން އަޑުއެހުމާއި ފާރަލުން
232 ވަނަ މާއްދާ - ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދުން
233 ވަނަ މާއްދާ - ހުއްދަނޫން ގޮތުގައި މައުލޫމާތު ހާމަކުރުން
234 ވަނަ މާއްދާ - މާނަކުރުން
ހުއްދަނޫން ތަނަކަށް ވަނުން
230 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) ވަނުމުގެ ހުއްދަނެތް ތަނެއްކަން އެނގިހުރެ އެތަނަކަށް ވަނުން ނުވަތަ އެތަނަކަށް ވަދެ ހުރުމަކީ ކުށެކެވެ.
(ށ) އިސްތިސްނާ
- އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލު ކުރާ މީހާ، އެކުރަނީ ކުށެއް ނޫނެވެ:
- މީހަކު އެ ތަނަކަށް ވަތްއިރު، އެތަނަކީ އާންމުންނަށް ވަދެވޭގޮތަށް ހުޅުވާލާފައިވާ ތަނަކަށްވުން؛ އަދ
- އެ ތަނަށް ވަނުމުގައި ތަބާވާންޖެހޭ ހުރިހާ ށަރުތުތަކަކަށް އޭނާ ތަބާވެފައިވުން.
- މީހަކު ތަނަކަށް ވަތްއިރު، ނުވަތަ ތަނަކަށް ވަދެ ހުންނައިރު، އެކަން ކުރުމަށް،
އެ ތަނެއްގެ ވެރިފަރާތުން ނުވަތަ އެ ތަނަށް ވަނުމަށް ހުއްދަ ދޭން ހުރި ފަރާތުން، އޭނާ އެ ތަނަށް ވަނުމަށް ހުއްދަދޭނެކަމުގައި، ނުވަތަ އެތާނގައި ހުރުމަށް ހުއްދަކުރާނެކަމުގައި، އޭނާއަށް އެކަށީގެންވާ ގޮތުގައި ގަބޫލުކުރެވޭނަމަ އޭނާ އެކުރަނީ ކުށެއް ނޫނެވެ.
(ނ) ދަރަޖަކުރުން
- ހުއްދަނޫން ގޮތެއްގައި ވަތް ތަނަކީ، މަތީ ދަރަޖައަކަށް ސަލާމަތީ ފިޔަވަޅު އެޅިފައިވާ ތަނެއްކަން ނުވަތަ ނުރައްކާތެރި ތަނެއްކަން އެނގޭ ކަހަލަ ނިށާނެއް ހަރުކޮށްފައި ނުވަތަ ލިޔުމެއް ލިޔެފައި ހުރި ތަނެއްކަމަށްވާނަމަ އޭނާ އެކުރަނީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.
- ހުއްދަނޫން ގޮތެއްގައި ވަތް ތަނަކީ، ވަކިން ރައްކާތެރިކުރެވިފައިވާ ތަނަކަށްވާނަމަ، ނުވަތަ މީހުން ދިރިއުޅޭ ތަނަކަށްވާނަމަ ނުވަތަ އެއްޗެހި ރައްކާތެރިކުރާ ތަނެއްކަމަށްވާނަމަ، ނުވަތަ ކޮންމެ ކޮންމެ މީހަކަށް ނުވަދެވޭނެގޮތަށް ދާއިރާ ވަކިކޮށްފައިވާ ތަނަކަށްވާނަމަ، އޭނާ އެކުރަނީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
- އެނޫން ހާލަތްތަކުގައި، އެ ކުށަކީ ޖުނަހްގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.
(ރ) މާނަކުރުން
- "ދިރިއުޅޭ ތަން" ކަމަށް ބުނެފައި އެވަނީ، ކުށުގެ އަމަލު ހިނގި ވަގުތު މީހަކު އުޅުނު ކަމުގައިވިޔަސް އަދި ނުވިޔަސް، އުފުލޭ ގޮތަށް ނުވަތަ ނުއުފުލޭ ގޮތަށް ތައްޔާރުކޮށްފައި ހުރި ތަނެއްކަމުގައި ވިޔަސް އަދި ނުވިޔަސް، މީހުން ދިރިއުޅުމަށް ބޭނުންކުރާ އިމާރާތެއް ނުވަތަ އިމާރާތެއްގެ ބަޔަކަށެވެ.
- "މަތީ ދަރަޖައަކަށް ސަލާމަތީ ފިޔަވަޅު އެޅިފައިވާ ތަން" ކަމަށް ބުނެފައި އެވަނީ، އެ ތަނަށް ވަނުމަށްޓަކައި ބޭނުންވާ ކާކުކަން އަންގައިދޭ ކާޑެއް ނުވަތަ އެނޫންވެސް ނިށާނެއް ދައްކައިގެން މެނުވީ ނުވަދެވޭ ގޮތަށް ހުންނަ، އަދި މެދުކެނޑުމެއްނެތި، އެ ތަނެއްގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަމުން ގެންދާ ތަނަކަށެވެ.
- "އެއްޗެހި ރައްކާކުރާ ތަން" ކަމަށް ބުނެފައި އެވަނީ، އިމާރާތެއް ކަމުގައިވިޔަސް، ނުވަތަ ކަނޑުދަތުރުފަތުރުގެ އުޅަނދެއްކަމުގައި ވިޔަސް، ނުވަތަ އެއްގަމުއުޅަނދެއް ކަމުގައިވިޔަސް ނުވަތަ މަތިންދާބޯޓެއް ކަމުގައިވިޔަސް، މީހުންނާއި މުދާ އުފުލުމަށާއި، އެއްޗެހި ރައްކާކުރުމަށް ބޭނުންކުރާ ކޮންމެ އެއްޗަކަށެވެ.
މީހުން ދައްކާ ވާހަކަ ސިއްރުން އަޑުއެހުމާއި ފާރަލުން
231 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) ކުށުގެ އަމަލުން ގެއްލުންވާ މީހާގެ ހުއްދައެއް ނެތި، އޭނާ ދައްކާ ވާހަކަ ސިއްރުން އަޑުއެހުމުގެ ބޭނުމުގައި ނުވަތަ އޭނާއަށް ފާރަލުމުގެ ބޭނުމުގައި އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ، އެކުރަނީ ކުށެކެވެ.
- މީހެއްގެ އަމިއްލަ މިނިވަންކަން އެ މީހާއަށް އޮތް ތަނެއްކަމުގައި އެކަށީގެންވާ ގޮތެއްގައި އޭނާއަށް ބެލެވޭފަދަ ތަނެއްގައި ނުވަތަ މުޅިން އޭނާގެ އަމިއްލަ ތަނެއްގައިހުރެ އޭނާ ދައްކާ ވާހަކަ އަޑުއެހުން ނުވަތަ އޭނާއަށް ފާރަލުން.
- މީހެއްގެ ގޯތީގެ ތެރޭގައި ނުވަތަ މީހެއްގެ މުދަލެއްގެ ގޮތުގައި ބެލެވޭ ތަނެއްގައި، އިވޭއަޑު ނުވަތަ ފެންނަ ފެނުން، ނުވަތަ ހިނގާ ހަރަކާތްތައް، ނުވަތަ ދެކެވޭވާހަކަ އަޑުއެހުމާއި، ރެކޯޑުކުރުމާއި، ލިބޭ ނުވަތަ އިވޭ ނުވަތަ ފެންނަ ވަރަށްވުރެ ސާފުކޮށް ލިބިދާނެ ނުވަތަ އިވޭނެ ނުވަތަ ފެންނާނެގޮތް ހެދުމާއި، އާންމުކޮށް ފޮނުވުން.
(ށ) އެނގިހުރެ ފިޔަވަޅުނާޅާކަމަށް ވާނަމަ ރުހުންދީފައިވާކަމުގައި ބެލުން
ތިމާ ދައްކާ ވާހަކައަކީ އެހެން މީހަކު އަޑުއަހައިފާނެ ނުވަތަ ރެކޯޑުކޮށްފާނެ މައުލޫމާތުކަމުގައި އެނގިހުރެ އެ ވާހަކައެއް ދެއްކުން ކުރިއަށް ގެންދާ ކަމަށްވާނަމަ އޭގެ ފަހުން އަޑުއަހާ އަޑުއެހުމާއި ރެކޯޑުކުރާ ރެކޯޑު ކުރުމާއި އަދި އެ މައުލޫމާތު ހާމަކުރާ ހާމަކުރުމަކީ، އެ އެނގުނު އެގުމުގެ ދާއިރާގެ ތެރޭގައި، ހުއްދަކޮށްފައިވާ ކަމެއްކަމުގައި ބެލެވޭނެއެވެ.
(ނ) އިސްތިސްނާ އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލު ކުރާ މީހާ، އެކުރަނީ ކުށެއް ނޫނެވެ:
- މުދަލާއި މީހުން އެއް ތަނުން އަނެއް ތަނަށް އުފުލުމުގެ ވިޔަފާރީގައި ދުއްވާ އުޅަނދުފަހަރުގެ އޭޖެންޓެއްގެ ހައިސިއްޔަތުން ނުވަތަ މުވައްޒަފެއްގެ ހައިސިއްޔަތުން، ނުވަތަ ކޮންމެ ދުވަހެއްގެ އާންމު މަސައްކަތެއްގެ ހައިސިއްޔަތުން، މީހުން ދައްކާ ވާހަކަ އަޑުއެހުމާއި ރެކޯޑުކުރުމުގެ ކަންތައް ކުރާމީހާ، އެ ކުރާ ކަންތައް.
- ދެކެވޭ ވާހަކައިގެ ބައިވެރިއަކަށް ހުރެ:
- އެދެކެވޭ ވާހަކައިން ކުށެއްގެ ހެކި ލިބޭކަމުގައި އެކަށީގެންވާ ގޮތުގައި ގަބޫލުކޮށްގެން، އެގޮތުން ހެކީގެ ގޮތުގައި އޭނާއަށް ފާހަގަކުރެވޭ ވާހަކަ އަޑުއެހުމާއި ރެކޯޑުކުރުން؛ އަދި
- ނުރަނގަޅު އަމަލެއް ހިނގާކަން ހާމަކުރުމުގެ ތެދުނިޔަތުގައިކުރާ ކަމަކަށް އެކަންވުން.
- ށަރުއީ ކޯޓެއްގެ އަމުރަކުން ހުއްދަ ލިބިގެން، އެ ހުއްދައިގައިވާ ގޮތުގެމަތިން ގާނޫނު ތަންފީޒުކުރާ މުވައްޒަފަކު އެކިއެކި ވާހަކަތައް އަޑުއެހުމާއި ރެކޯޑުކުރުން. (އިސްލާހު ކުރެވިފައި)
(ރ) މާނަކުރުން
"ދެކެވޭ ވާހަކަ" ކަމަށް ބުނެފައި އެވަނީ، އެއްވެސް ވަސީލަތެއްގެ ޒަރީއާއިން އެހެން މީހަކަށް ފޮނުވޭ ކޮންމެ އަޑަކަށާއި، މަންޒަރަކަށާއި، ލިޔުމަކަށާއި، އިށާރާތަކަށާއި، މައުލޫމާތަކަށެވެ.
(ބ) ދަރަޖަކުރުން
މިކުށަކީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.
ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދުން
232 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ، އެކުރަނީ ކުށެކެވެ:
- ހުއްދައެއް ނެތްކަން އެނގިހުރެ؛
- މަތީ ދަރަޖައަކަށް ރައްކާތެރިކުރެވިފައިވާ މައުލޫމާތު ނުވަތަ މީހެއްގެ އަމިއްލަ މައުލޫމާތު ހޯދުން؛
(ށ) އިސްތިސްނާ
އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ، އެކުރަނީ ކުށެއް ނޫނެވެ:
- މީހެއްގެ އަމިއްލަ މައުލޫމާތު ހޯދަނީ؛
- ނުރަނގަޅު އަމަލެއް ހިނގާކަން ހާމަކުރުމުގެ ތެދުނިޔަތުގައިކަމަށްވުން.
(ނ) މާނަކުރުން
- "މަތީ ދަރަޖައަކަށް ރައްކާތެރިކުރެވިފައިވާ މައުލޫމާތު" ކަމަށް ބުނެފައި އެވަނީ، ހުއްދަ ލިބިގެންވާ މީހުންނަށް މެނުވީ ނުލިބޭ ގޮތަށް ރައްކާތެރިކުރެވިފައިވާ މައުލޫމާތަށެވެ.
- "މީހެއްގެ އަމިއްލަ މައުލޫމާތު" ކަމަށް ބުނެފައި އެވަނީ، އާންމުކޮށް ހާމަކުރުމަށް އާންމު މީހަކު ބޭނުންނުވާނެ މައުލޫމާތަށެވެ.
(ރ) ދަރަޖަކުރުން
- މަތީ ދަރަޖައަކަށް ރައްކާތެރިކުރެވިފައިވާ މައުލޫމާތު ހާމަކުރުމަކީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.
- މީހެއްގެ އަމިއްލަ މައުލޫމާތު ހާމަކުރުމަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
ހުއްދަނޫން ގޮތުގައި މައުލޫމާތު ހާމަކުރުން
233 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) ވަކި މައުލޫމާތަކީ، އަންނަނިވި ފަދަ މައުލޫމާތެއްކަން އެނގިހުރެ، އެހެން މީހަކަށް އެ މައުލޫމާތު ހާމަކުރާ މީހާ އެކުރަނީ ކުށެކެވެ:
- މި ގާނޫނުގެ 231 ވަނަ މާއްދާގެ ދަށުން ނުވަތަ 232 ވަނަ މާއްދާގެ ދަށުން މަނާކޮށްފައިވާގޮތަކަށް ހޯދާފައިވާ މައުލޫމާތުކަން؛ ނުވަތަ
- އެ މައުލޫމާތު ހޯދުމަކީ އެހެން މީހަކަށް ހުއްދައޮތްކަމެއް ނޫންކަން.
(ށ) ދަރަޖަކުރުން
މި ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
މާނަކުރުން
234 ވަނަ މާއްދާ - މާނަކުރުން
(ހ) "ދެކެވޭ ވާހަކަ" އަށް ދީފައިވަނީ މި ގާނޫނުގެ 231 ވަނަ މާއްދާގެ (ރ) ގައި ދީފައިވާ މާނަކުރުމެވެ.
(ށ) "ދިރިއުޅޭ ތަން" އަށް ދީފައިވަނީ މި ގާނޫނުގެ 230 ވަނަ މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ނ) "މަތީ ދަރަޖައަކަށް ރައްކާތެރިކުރެވިފައިވާ މައުލޫމާތު" އަށް ދީފައިވަނީ މި ގާނޫނުގެ 232 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ރ) "މަތީ ދަރަޖައަކަށް ސަލާމަތީ ފިޔަވަޅު އެޅިފައިވާ ތަން" އަށް ދީފައިވަނީ މި ގާނޫނުގެ 230 ވަނަ މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ބ) "މީހުން ދިރިއުޅޭ އިމާރާތް" އަށް ދީފައިވަނީ މި ގާނޫނުގެ 221 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
(ޅ) "ގާނޫނު ތަންފީޒުކުރާ މުވައްޒަފު" އަށް ދީފައިވަނީ މި ގާނޫނުގެ 521 ވަނަ މާއްދާގެ (ރ) ގައި ދީފައިވާ މާނަކުރުމެވެ.
(ކ) "މީހެއްގެ އަމިއްލަ މައުލޫމާތު" އަށް ދީފައިވަނީ މި ގާނޫނުގެ 232 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(އ) "އެއްޗެހި ރައްކާކުރާ ތަން" އަށް ދީފައިވަނީ މި ގާނޫނުގެ 230 ވަނަ މާއްދާގެ (ރ) ގެ (3) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
310 ވަނަ ބާބު
ސައްހަ ލިޔުމަށް ބަދަލުގެނައުމާއި ނަކަލުކުރުމާއި، މަކަރުވެރި އަމަލު ހިންގުން
310 ވަނަ މާއްދާ - ސައްހަ ލިޔުމަށް ބަދަލުގެނައުމާއި، އެ ހަދާ ލިޔުން ނަކަލުކުރުމާއި، އަގުހުރި އެއްޗެހި ނަކަލުކޮށް އަސްލުގެ ގޮތުގައި ދެއްކުން
311 ވަނަ މާއްދާ - ލިޔުމާއި ރެކޯޑާއި އެހެނިހެން ވަސީލަތްތަކާ ބެހުން
312 ވަނަ މާއްދާ - ށަހްސު އޮޅުވާލުން
313 ވަނަ މާއްދާ - އޮޅުވާލުމުގެ އަމަލުތައް
314 ވަނަ މާއްދާ - ރިށްވަތު ދިނުމާއި، ވަކި މަސްލަހަތަކަށް ބުރަވެ އަމަލުނުކުރުމުގެ ވާޖިބާ ހިލާފުވުން
315 ވަނަ މާއްދާ - އާންމުންނަށް ހުޅުވާލެވިގެން ބޭއްވޭ އެކިއެކި މުބާރާތްތަކުގައާއި އާންމު ބީލަންތަކުގައި އޮޅުވާލުން
316 ވަނަ މާއްދާ - ރަހުނު ބެހެއްޓުމަށްފަހު ދަރަނި ދޫކޮށްފައިވާ ފަރާތްތަކަށް އޮޅުވާލުން
317 ވަނަ މާއްދާ - އިފްލާސްކުރެވިފައިވާ ހާލަތުގައި އޮޅުވާލުން
318 ވަނަ މާއްދާ - މާލީ ހާލަތު ދަށްވަމުންދާ މާލީ އިދާރާއަކުން ފައިސާއެއް ޖަމާކުރުމަށް ގަބޫލުކުރުން
319 ވަނަ މާއްދާ - ޕިރަމިޑް ސޭލްސް ސްކީމެއްގައި ބައިވެރިވުމުގެ ހައްގު ވިއްކާލުން
320 ވަނަ މާއްދާ - މާނަކުރުން
ސައްހަ ލިޔުމަށް ބަދަލުގެނައުމާއި، އެ ހަދާ ލިޔުން ނަކަލުކުރުމާއި، އަގުހުރި އެއްޗެހި
ނަކަލުކޮށް އަސްލުގެ ގޮތުގައި ދެއްކުން
310 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި، ނުވަތަ ނުރަނގަޅު އަމަލެއް ފޮރުވުމުގެ ނިޔަތުގައި، އެނގިހުރެ އަންނަނިވި އަމަލު ކުރާ މީހާ އެކުރަނީ ކުށެކެވެ:
- މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ނުވަތަ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ސައްހަނޫން ލިޔުމަކަށް ނުވަތަ އެއްޗަކަށް ހަވާލާދިނުން، ނުވަތަ އެފަދަ ލިޔުމެއް ނުވަތަ އެއްޗެއްގެ ތެދުކަން ދެއްކުމުގެ ގޮތުން ކަމެއް ތަކުރާރުކުރުން ނުވަތަ އެފަދަ ލިޔުމެއް ނުވަތަ އެއްޗެއްގައިވާ ކަމެއް ބަޔާންކުރުން.
- އެ އެއްޗަކީ ވަކި މީހަކުހެދި އެއްޗެއްކަމުގައި، ނުވަތަ ވަކި އަސްލެއް އޮތް އެއްޗެއްކަމުގައި، ނުވަތަ ވަކި އަގެއް އޮތްއެއްޗެއްކަމުގައި، ނުވަތަ ވަކި ދުވަހެއްވީ އެއްޗެއްކަމުގައި، ސައްހަނޫން ގޮތުގައި، ދެއްކުމަށްޓަކައި، އެއްޗެއް ނުވަތަ ލިޔުމެއް އުފެއްދުން ނުވަތަ އެއްޗަކަށް ނުވަތަ ލިޔުމަކަށް ބަދަލުގެނައުން.
- އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް، ލިޔުމެއް އުފެއްދުން، ނުވަތަ ފުރިހަމަކުރުން، ނުވަތަ ދޫކުރުން، ނުވަތަ ކަށަވަރުކޮށްދިނުން، ނުވަތަ ދިނުން، ނުވަތަ ނަކަލުކޮށްދިނުން:
- އެހެން މީހެއްގެ އަމަލެއްކަމުގައި ސައްހަނޫން ގޮތުގައި ދެއްކުމަށް؛ ނުވަތަ
- ވަކި ތަނެއްގައި، ނުވަތަ ވަކި ވަގުތެއްގައި، ނުވަތަ ނަންބަރުޖެހި ވަކި ތަރުތީބަކުން، ނުވަތަ ވަކި އުސޫލަކުން ދޫކޮށްފައިވާ ލިޔުމެއްކަމުގައި، ސައްހަނޫން ގޮތުގައި ދެއްކުމަށް؛ ނުވަތަ
- އަސްލެއްގެ ކޮޕީކަމުގައި ސައްހަނޫން ގޮތުގައި، ދެއްކުމަށް؛
(ށ) މާނަކުރުން
"ލިޔުން" ކަމަށް ބުނެފައި އެވަނީ، ކޮންމެ ވަސީލަތަކުންކަމުގައި ވީނަމަވެސް، އަގެއް ހުރި އެއްޗެއްގެ ނުވަތަ ހައްގެއްގެ ނުވަތަ އިމްތިޔާޒެއްގެ ނުވަތަ މީހެއްގެ ނުވަތަ އެއްޗެއްގެ ށަހްސު ކަނޑައަޅައި އަންގައިދިނުމުގެ ރަމްޒަށެވެ.
(ނ) ދަރަޖަކުރުން: ލިޔުން ނަކަލުކުރުން
- މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ލިޔުން ބޭނުންކުރަނީ އަންނަނިވި ކަންކަމުގެ ތެރެއިން ކަމަކަށްޓަކައި ކަމުގައިވާނަމަ، އެ ކުށަކީ، ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
- ގާނޫނީ ހައްގެއް، މަސްލަހަތެއް، ވާޖިބެއް ނުވަތަ ހައިސިއްޔަތެއް އުފެއްދުމަށް، ނުވަތަ އުފެދިދާނެކަން ދެއްކުމަށް، ނުވަތަ ބަދަލުވެދާނެކަން ދެއްކުމަށް، ނުވަތަ ނިމުމަކަށް ގެނައުމަށް ނުވަތަ ނިމުމަކަށް އަތުވެދާނެކަން ދެއްކުމަށް، ނުވަތަ އެނޫންވެސް ގޮތަކުން އަސަރުކުރުވުމަށް ނުވަތަ އަސަރުކޮށްފާނެކަން ދެއްކުމަށްކަމުގައިވުން؛ ނުވަތަ
- އެ ލިޔުމަކީ ސަރުކާރަށް ލިބިފައިވާ، ނުވަތަ ސަރުކާރުން ދޫކޮށްފައިވާ ލިޔުމެއްކަމުގައި ދެއްކުމަށް ކަމުގައިވުން.
-
ދަރަޖަކުރުން
އެނޫން ހާލަތްތަކުގައި، އެ ކުށަކީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.
ލިޔުމާއި ރެކޯޑާއި އެހެނިހެން ވަސީލަތްތަކާ ބެހުން
311 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލު ކުރާ މީހާ، އެކުރަނީ ކުށެކެވެ.
- އެއްވެސް މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި ނުވަތަ އެއްވެސް ނުރަނގަޅު އަމަލެއް ފޮރުވުމުގެ މަގްސަދުގައި ކަމެއް ކުރުން؛ އަދި
- އެއްވެސް ލިޔުމެއް ނުވަތަ ރެކޯޑެއް ނުވަތަ އެއްޗަކަށް ބަދަލުގެނައުން، ނުވަތަ އެފަދަ އެއްޗެއް ހަލާކުކޮށްލުން، ނުވަތަ އޮތް ތަނަކުން ނެގުން، ނުވަތަ ފޮރުވުން؛ އަދި
-
އެކަން ކުރުމުގެ ހުއްދަ އެއް ނެތްކަން އެނގިހުރެ އެކަން ކުރުން. (އިސްލާހު ކުރެވިފައި)
ދަރަޖަކުރުން
(ށ) ދަރަޖަކުރުންމި ކުށަކީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެވެ.
ށަހްސު އޮޅުވާލުން
312 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލު ކުރާ މީހާ އެކުރަނީ ކުށެކެވެ:
- އޭނާގެ އަމަލުން އަންނަނިވި ނަތީޖާތައް ނުކުމެދާނެކަމަށް އެއްވެސް ފަރުވާލެއް ނުބަހައްޓައި:
- އެހެން މީހަކަށް އެ ކަމުން އެއްވެސް ގެއްލުމެއް ލިބުން؛ ނުވަތަ
- އޭނާއަށް ލިބުން ހައްގު ނޫން މަންފާއެއް ލިބުން؛ ނުވަތަ
- ދައުވާ ލިބޭ މީހާ، އެކުރާ އަމަލު ކުރުމަށް ރަސްމީ ހައިސިއްޔަތެއް ނުވަތަ ގާނޫނީ އިހްތިޔާރެއް ނެތް ހާލު، އޭނާގެ އެ އަމަލަކީ، އެފަދަ ހައިސިއްޔަތެއް ނުވަތަ އިހްތިޔާރެއް އޮވެގެން ކުރާ އަމަލެއްކަމުގައި އެހެން މީހަކަށް ގަބޫލުކުރެވޭ ގޮތްވުން؛ އަދި
-
އޭނާ އަކީ:
- އެހެން މީހެއްގެ ގޮތުގައި އެއްވެސް ފަރާތަކަށް ދެއްކުން؛ ނުވަތަ
- އެހެން މީހެއްގެ ކާކުކަން އަންގައިދޭ ލިޔުމެއް ތައްޔާރުކުރުން، ނުވަތަ ބަދަލުކުރުން، ނުވަތަ ވިއްކުން ނުވަތަ ދިނުން؛ ނުވަތަ
- އެހެން މީހެއްގެ ކާކުކަން އަންގައިދޭ ލިޔުމެއް ގަތުން.
(ށ) ކާކުކަން އަންގައިދޭ ލިޔުމުގެ ގޮތުގައި ހިމެނޭ މައުލޫމާތު
މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ (ii) ގެ ބޭނުމަށްޓަކައި އަދި މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ (iii) ގެ ބޭނުމަށްޓަކައި ކާކުކަން އަންގައިދޭ މައުލޫމާތުގެ ތެރޭގައި، މީހެއްގެ ނަމާއި، އުފަން ތާރީހާއި، އޭނާއަށް ދޫކުރެވިފައިވާ އައިޑެންޓިފިކޭށަން ނަންބަރާއި، ކޯޑާއި، އޭނާގެ މާލީ މައުލޫމާތާއި، ވަކި މީހަކު ދެނެގަތުމަށްޓަކައި ބޭނުންކުރެވިދާނެ އެހެން ކޮންމެ މައުލޫމާތެއް ހިމެނެއެވެ.
(ނ) ދަރަޖަކުރުން:
- މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ (ii) އާއި، މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ (iii) ގައި ބަޔާންކޮށްފައިވާ ކުށްކުށަކީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ. (އިސްލާހު ކުރެވިފައި)
- އެނޫން ހާލަތްތަކުގައި، އެ ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
އޮޅުވާލުމުގެ އަމަލުތައް
313 ވަނަ މާއްދާ - ކުށް މާނަކުރުން
(ހ) މުދަލަކާ ނުވަތަ ހިދުމަތަކާ ގުޅޭގޮތުން ކުރުމަށް ހުށަހެޅިފައިވާ ނުވަތަ ފުރިހަމަ ކުރެވިފައިވާ މުއާމަލާތަކާ ގުޅިގެން، އަންނަނިވި އަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ.
- ސައްހަ ނޫން މައުލޫމާތު ނުވަތަ ކަމެއް އޮޅިގެން ހިނގައިދާނެފަދަ މައުލޫމާތު، ފަރުވާލެއްނެތި ދިނުން؛ ނުވަތަ
- ވިޔަފާރީގައި އާންމުކޮށް އަމަލުކުރެވޭ ކަމަށް ގަބޫލު ކުރެވިފައިވާ އުސޫލުތަކާއި މިންގަނޑުތަކާ ކަނޑައެޅިގެން ހިލާފަށް، އަމަލެއް ކޮށްގެން، އެނގިހުރެ، މީހަކަށް ކަމެއް އޮޅުވާލުން.
(ށ) ދަރަޖަކުރުން
މި ކުށަކީ، ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
ރިށްވަތު ދިނުމާއި، ވަކި މަސްލަހަތަކަށް ބުރަވެ އަމަލުނުކުރުމުގެ ވާޖިބާ ހިލާފުވުން
314 ވަނަ މާއްދާ - ރިށްވަތު ހޯދުމާއި ގަބޫލުކުރުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލު ކުރާ މީހާ، އެކުރަނީ ކުށެކެވެ.
- އެނގިހުރެ އެއްވެސް މަންފާއެއް ހޯދުމާއި ގަބޫލުކުރުން؛ އަދި
- މި މާއްދާގެ (ހ) ގައި ބުނެފައިވާ އަމަލުކޮށްފައިވަނީ އިހްލާސްތެރިވުމަށް އޮތް ވާޖިބަކާ ހިލާފުވުމުގެ މުގާބިލުގައި ލިބޭ މަންފާއެއްކަމުގައި ވުމާއި، އިހްލާސްތެރިވުމުގެ އެ ވާޖިބު އޭނާގެ މައްޗަށް އުފެދިގެންދަނީ، އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއްގައިކަމުގައިވުން:
- ޕާޓްނަރަކަށްވުން، ނުވަތަ އޭޖެންޓަކަށްވުން ނުވަތަ އެހެން މީހެއްގެ މުވައްޒަފަކަށްވުން؛ ނުވަތަ
- ޓްރަސްޓީއަކަށްވުން، ނުވަތަ ބެލެނިވެރިއަކަށްވުން ނުވަތަ މަސްލަހަތެއް އުފައްދައިދޭ އެހެންވެސް މަގާމެއްގައި ހުރި މީހަކަށްވުން؛ ނުވަތަ
- ގާނޫނީ ވަކީލަކަށްވުން، ނުވަތަ ޑޮކްޓަރަކަށްވުން، ނުވަތަ އެކައުންޓަންޓަކަށްވުން، ނުވަތަ އަގުކުރާ މީހަކަށްވުން ނުވަތަ އެނޫންވެސް ފަންނީ ލަފާދޭ ނުވަތަ މައުލޫމާތުދޭ މީހަކަށްވުން؛ ނުވަތަ
- ކުންފުންޏެއްގެ ނުވަތަ ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިނުވާ ޖަމާއަތެއްގެ އޮފީހެއްގެ ޑިރެކްޓަރަކަށް، ނުވަތަ މެނޭޖަރަކަށް ނުވަތަ އެ ކުންފުނި ނުވަތަ ޖަމާއަތް ހިންގުމުގައި އިރުށާދުދެވޭފަދަ މަރުހަލާއެއްގައި ހުރި މީހެއް ކަމުގައިވުން؛ ނުވަތަ
- ތަހްކީމްގެ އުސޫލުން މައްސަލަ ބަލައިދޭ މީހަކަށްވުން ނުވަތަ ރެފްރީއަކަށްވުން ނުވަތަ ކުރިމަތީގައިވާ މައްސަލައާ އެއްވެސް ގުޅުމެއްނެތް ގޮތުގައި ފަނޑިޔާރެއްގެ ދައުރު އަދާކުރާ މީހެއް ކަމުގައިވުން.
(ށ) ރިށްވަތެއް ހުށަހެޅުމާއި މަންފާއެއްގެ ގޮތުގައި ފައިސާ ދިނުން
އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލު ކުރާ މީހާ، އެކުރަނީ ކުށެކެވެ:
- އެނގިހުރެ މީހަކަށް މަންފާއެއް ހޯދައިދިނުން، ނުވަތަ މަންފާއެއް ދިނުމަށް ހުށަހެޅުން ނުވަތަ މަންފާއެއްގެ ގޮތުގައި ފައިސާ ދިނުން. އަދި
- އެއްޗަކީ މި މާއްދާގެ (ހ) ގެ ދަށުން ގަބޫލުކުރުމުގެ ހުއްދަނެތް އެއްޗެއް ކަމުގައިވުން.
(ނ) ތިމާގެ މަސްލަހަތެއް ނެތް ގޮތުގައި މަސައްކަތްކުރުމުގެ ވާޖިބާ ހިލާފުވުން
އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ، އެކުރަނީ ކުށެކެވެ:
- ވަކި ކަމެއްގައި އެއްވެސް ފަރާތަކަށް ނުޖެހި ނިންމުންތައް ނިންމުމާއި، އަގުކުރުމާއި، މުދަލާ ހިދުމަތަށް ފާޑުކިޔާ މީހެއްގެ ގޮތުގައި ހުރެ؛ އަދި
- އެނިންމުމަށް ނުވަތަ އަގުކުރުމަށް ނުވަތަ ފާޑުކިޔުމަށް ނުފޫޒު ފޯރުވުމަށްޓަކައި ދެވޭ މަންފާއެއްކަން އެނގިހުރެ، އެފަދަ މަންފާއެއް ހޯދުމާއި ގަބޫލުކުރުން.
(ރ) ދަރަޖަކުރުން
މި މާއްދާގައި ބަޔާންވެގެންވާ ކުށްކުށަކީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެވެ.
އާންމުންނަށް ހުޅުވާލެވިގެން ބޭއްވޭ އެކިއެކި މުބާރާތްތަކުގައާއި
އާންމު ބީލަންތަކުގައި އޮޅުވާލުން
315 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލު ކުރާ މީހާ، އެކުރަނީ ކުށެކެވެ:
- އާންމުކޮށް ހުޅުވާލެވިގެން ބޭއްވޭ މުބާރާތްތަކާއި މައްރަޒުތައް ހިންގުމަށްޓަކައި ކަނޑައެޅިފައިވާ އުސޫލުތަކާއި ހަމަތަކާ އެއްގޮތަށް އެ މުބާރާތްތަކާއި މައްރަޒުތައް ހިންގިޔަ ނުދިނުމުގެ މަގްސަދުގައި، އަންނަނިވި ބާވަތުގެ އަމަލެއް ކުރުން:
- އެފަދަ މުބާރާތެއް ނުވަތަ މައްރަޒެއްގައި ހިމެނޭ ބައިވެރިއަކަށް، ނުވަތަ އޮފިށަލަކަށް ނުވަތަ އެފަދަ މުބާރާތަކާ ނުވަތަ މައްރަޒަކާ ގުޅުން ހުރި އެހެންވެސް މީހަކަށް އެއްވެސް މަންފާއެއް ދިނުމަށް ހުށަހެޅުމާއި، ދިނުމާއި، މަންފާއެއްގެ ގޮތުގައި ފައިސާ ދިނުން؛ ނުވަތަ
- އެފަދަ ބައިވެރިއެއްގެ ނުވަތަ އޮފިށަލެއްގެ ނުވަތަ އެނޫންވެސް މީހެއްގެ ހަށިގަނޑަށް ގެއްލުމެއް ލިބިދާފަދަ އަނިޔާއެއް ކޮށްފާނެކަމުގެ ބިރުދެއްކުން؛ ނުވަތަ
- އެފަދަ މުބާރާތަކާ ނުވަތަ މައްރަޒަކާ ގުޅުން ހުރި މީހަކާ ނުވަތަ ޖަނަވާރަކާ ނުވަތަ އެނޫންވެސް އެއްޗަކާ ބެހުން؛
- ވަކި ބާވަތެއްގެ މަންފާއެއް ދިނުމަކީ މި މާއްދާގެ (1) ވަނަ ނަންބަރުގެ ދަށުން ކުށެއްކަމުގައިވާއިރު، އެނގިހުރެ އެފަދަ މަންފާއެއް ހޯދުމާއި ގަބޫލުކުރުން؛ ނުވަތަ
- އާންމުކޮށް އިއްލާންކޮށްގެން ކުރެވޭ އެއްބަސްވުންތަކާއި ހުޅުވާލެވިފައިވާ ބީލަންތަކުގެ މައްޗަށް ހިނގާ ގާނޫނުތަކާ ހިލާފު އަމަލެއް، ކަނޑައެޅިގެން އެނގިހުރެ ކުރުން. ނުވަތަ
- އޭނާ:
- އާންމުކޮށް ހުޅުވާލެވިފައިވާ މުބާރާތަކަށް ނުވަތަ މައްރަޒަކަށް ފައިސާގެ އެހީ ދިނުމާއި، އެފަދަ މުބާރާތްތަކާއި މައްރަޒުތައް ބޭއްވުމާއި އެފަދަ މުބާރާތްތަކާއި މައްރަޒުތަކުގައި ފަނޑިޔާރެއްގެ ގޮތުން ހަރަކާތްތެރިވުމާއި ނުވަތަ އެނޫންވެސް ގޮތަކަށް އެފަދަ ކަމެއްގައި ބައިވެރިވުން؛ އަދި
- މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގެ (i) ގައިވާ އަމަލުކޮށްފައިވަނީ އެފަދަ މައްރަޒުތަކާއި މުބާރާތްތައް ހިންގުމަށް އޮތް އުސޫލުތަކާއި ހަމަތަކާ ހިލާފަށް އެ މައްރަޒެއް ނުވަތަ އެ މުބާރާތެއް ބޭއްވެމުންދާކަން އޭނާއަށް އެނގިގެންވުން.
(ށ) މާނަކުރުން
"މަންފާ" ކަމަށް ބުނެފައި އެވަނީ، ހަދިޔާއަކަށް ނުވަތަ އަގެއް އަދާކުރުމަކުން، ނުވަތަ ފައިސާގެ އަގެއް އެކުލެވިގެން ވިޔަސް އަދި ނުވިޔަސް، މާއްދީ ނުވަތަ ޣައިރު މާއްދީ ކޮންމެ ބަދަލަކަށެވެ. (އިސްލާހު ކުރެވިފައި)
(ނ) ދަރަޖަކުރުން:
- މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގައިވާ ކުށްކުށަކީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށްކުށެވެ.
- މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައިވާ ކުށަކީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.
ރަހުނު ބެހެއްޓުމަށްފަހު ދަރަނި ދޫކޮށްފައިވާ ފަރާތްތަކަށް އޮޅުވާލުން
316 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) ރަހުނުގެ ގޮތުގައި ބެހެއްޓިފައިވާ މުދަލުގެ މައްޗަށް އަދާކުރަން ޖެހޭ ރަހުނުގެ ދަރަނި އަދާކުރުމަށް ހުރަސްއެޅުމުގެ ނިޔަތުގައި، ރަހުނުގެ ގޮތުގައި ބެހެއްޓިފައިވާ މުދަލެއް ނައްތާލައިފިނަމަ، ނުވަތަ ހުރި ތަނުން ގެންގޮސްފިނަމަ، ނުވަތަ ފޮރުވައިފިނަމަ، ނުވަތަ އޭގެ މައްޗަށް އިތުރު ހައްގެއް އުފައްދައިފިނަމަ، ނުވަތަ އޭގެ މިލްކުވެރިކަން ބަދަލުކޮށްފިނަމަ، ނުވަތަ އެނޫންވެސް ގޮތަކުން އެއިން މުއާމަލާތެއް ކޮށްފިނަމަ، އެކުރަނީ ކުށެކެވެ.
(ށ) ދަރަޖަކުރުން
މި ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
އިފްލާސްކުރެވިފައިވާ ހާލަތުގައި އޮޅުވާލުން
317 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) ގާނޫނާއެއްގޮތްވާ ގޮތުގެމަތިން އެއްވެސް ފަރާތެއް އިފްލާސްކުރެވިފައިވާ ހާލަތުގައި ދަރަނި ދޫކޮށްފައިވާ ފަރާތްތަކުގެ މަސްލަހަތަށްޓަކައި މުދާ ބެލެހެއްޓުމާއި ހިންގުން އެހެން ފަރާތަކާ ހަވާލުކުރުމުގެ މައްސަލަ ފެށެން އުޅޭކަން ނުވަތަ ފެށިފައިވާކަން އެނގިހުރެ ނުވަތަ ކުންފުނި އެހެން ކުންފުންޏަކާ އެއްކޮށްލުމުގެ ނުވަތަ ކުންފުނި އުވާލުމުގެ މަސައްކަތް ކުންފުނީގެ ދަރަނި ދޫކޮށްފައިވާ ފަރާތްތަކުގެ މަސްލަހަތައްޓަކައި ފަށައިފައިވާކަން ނުވަތަ ފަށަން އުޅޭކަން އެނގިހުރެ، އަންނަނިވި ބާވަތުގެ އަމަލެއް ހިންގާ މީހާ އެކުރަނީ ކުށެކެވެ.
- ދަރަނި ދޫކޮށްފައިވާ ފަރާތަކަށް އޮތް ހައްގެއް ނެތިކޮށްލުމަށްޓަކައި ނުވަތަ އެ ހައްގަށް ހުރަސްއެޅުމަށްޓަކައި، އެ މުދަލުން މުއާމަލާތްކުރުން، ނުވަތަ ދަރަނި ދޫކޮށްފައިވާ ފަރާތްތަކުގެ މަސްލަހަތަށްޓަކައި މުދާ ބެލެހެއްޓުމުގެ ގާނޫނެއް ތަންފީޒުކުރުމަށް ހުރަސްއެޅުން؛ ނުވަތަ
- އެ މުދަލާ ގުޅޭ އެއްވެސް ލިޔުމެއް އެނގިހުރެ ސައްހަނޫން ގޮތެއްގައި ބަދަލުކުރުން؛ ނުވަތަ
- ދަރަނި ދޫކޮށްފައިވާ ފަރާތްތަކުގެ މަސްލަހަތަށްޓަކައި މުދާ ބަލަހައްޓައި ހިންގުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވޭ ފަރާތުން އެގޮތުގެމަތިން އެ މުދާ ބަލަހައްޓައި ހިންގައި ހެދުމަށްޓަކައި، ގާނޫނީ ގޮތުން އޭނާއަށް ލިބުން ހައްގު އޮތް މައުލޫމާތެއް ދިނުމަށް މަނާވެގަތުން ނުވަތަ ނުރަނގަޅު މައުލޫމާތު އޭނާއަށް ދިނުން.
(ށ) ދަރަޖަކުރުން
(ށ) މި ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
މާލީ ހާލަތު ދަށްވަމުންދާ މާލީ އިދާރާއަކުން ފައިސާއެއް ޖަމާކުރުމަށް ގަބޫލުކުރުން
318 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) މާލީ އިދާރާއެއް ހިންގާ މީހަކަށްވެހުރެ، ނުވަތަ ހިންގުމުގެ އިރުށާދުދިނުމުގައި ބައިވެރިވާ މީހަކަށްވެހުރެ، އަންނަނިވި އަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ.
- ބޮޑެތި މާލީ ދަތިތަކާހުރެ، އެ އިދާރާގެ ހިންގުން ވަގުތީގޮތުން މެދުކަނޑާލަން ޖެހިފައިވާކަން ނުވަތަ އެތަން އުވާލުމަށްޓަކައި އެތަނުގެ މުދާ ބެލެހެއްޓުމާ ހަވާލުވާނެ މީހަކު އައްޔަންކުރަން ޖެހިފައިވާކަން ނުވަތަ އަލުން އެތަން އިންތިޒާމު ކުރަންޖެހިފައިވާކަން އެނގިހުރެ؛ އަދި
- އެ އިދާރާއަށް ފައިސާ ޖަމާކުރާ ފަރާތަށް އެތަނުގެ މާލީ ދަތިތަކުގެ މައުލޫމާތު އެނގިފައިވޭތޯ ނުވަތަ ނޫންތޯ ބެލުމަށް ފަރުވާލެއް ނުބަހައްޓައި؛ އަދި
- އެނގިހުރެ އެ މާލީ އިދާރާއަށް އެއްވެސް އިންވެސްޓްމަންޓެއް ބަލައިގަތުން ނުވަތަ ބަލައިގަތުން ހުއްދަކުރުން.
(ށ) ދަރަޖަކުރުން
މިކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
ޕިރަމިޑް ސޭލްސް ސްކީމެއްގައި ބައިވެރިވުމުގެ ހައްގު ވިއްކާލުން
319 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) ޕިރަމިޑް ސޭލްސް ސްކީމެއްގައި ބައިވެރިވުމުގެ ހައްގު، އަންނަނިވި ހާލަތްތަކުގައި، އެނގިހުރެ ވިއްކާ މީހާ އެކުރަނީ ކުށެކެވެ.
(ށ) މާނަކުރުން
"ޕިރަމިޑް ސޭލްސް ސްކީމް" ކަމަށް ބުނެފައި އެވަނީ އަންނަނިވި ކަންކަމަށްޓަކައި އެކުލަވައިލެވޭ ކޮންމެ ޕްލޭނެއް، ނުވަތަ ހިންގާ ކޮންމެ މަށްރޫއަކަށެވެ:
- މީހަކު އަގެއް ހުރި އެއްޗެއް ދޫކޮށްލުމުގެ މުގާބިލުގައި، އަގެއް ހުރި އެހެން އެއްޗެއް ލިބިގަތުމުގެ ފުރުސަތު ހޯދުން؛
- މި މާއްދާގެ (ހ) ގައިވާ އަމަލު ހިންގަނީ ވީހާވެސް ގިނަ މީހުން އެކަމުގައި ބައިވެރިވުމަށް ހިތްވަރުދެވޭ ގޮތަށްކަމުގައިވުން؛ އަދި
- އެކަމަކީ އެ ޕްލޭނުގެ ދަށުން ނުވަތަ މަށްރޫއުގެ ދަށުން ވިއްކޭ، ނުވަތަ އަލުން ވިއްކުމަށްޓަކައި ބައިވެރިންގެ މެދުގައި ބަހައިލެވޭ މުދަލުގެ އަދަދުގެ ނިސްބަތަށް އެކަނި ބުރަވެފައި އޮންނަ ޕްލޭނަކަށް ނުވަތަ މަށްރޫއަކަށް ނުވުން.
(ނ) ދަރަޖަކުރުން
މި ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
މާނަކުރުން
320 ވަނަ މާއްދާ - މާނަކުރުން
(ހ) "މަންފާ" އަށް ދީފައިވަނީ މި ގާނޫނުގެ 315 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
(ށ) "ހަށިގަނޑަށް ލިބޭ އަނިޔާ" އަށް ދީފައިވަނީ މި ގާނޫނުގެ 17 ވަނަ މާއްދާގެ (7) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ނ) "ކުންފުނި" އަށް ދީފައިވަނީ މި ގާނޫނުގެ 70 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ރ) "އޮޅުވާލުމުގެ އަމަލު" އަށް ދީފައިވަނީ މި ގާނޫނުގެ 313 ވަނަ މާއްދާގެ (ހ) ގައި ދީފައިވާ މާނަކުރުމެވެ.
(ބ) "ޒިންމާ އުފުލުމުގެ މަސްލަހަތު" އަށް ދީފައިވަނީ މި ގާނޫނުގެ 215 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ޅ) "ޕިރަމިޑް ސޭލްސް ސްކީމް" އަށް ދީފައިވަނީ މި ގާނޫނުގެ 319 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
(ކ) "ހިދުމަތް" އަށް ދީފައިވަނީ މި ގާނޫނުގެ 214 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
(އ) "އޭޖެންޓް" އަށް ދީފައިވަނީ މި ގާނޫނުގެ 70 ވަނަ މާއްދާގެ (ނ) ގެ (4) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ވ) "ލިޔުން" އަށް ދީފައިވަނީ މި ގާނޫނުގެ 310 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
410 ވަނަ ބާބު
އާއިލާއާ ދެކޮޅަށް ކުރެވޭ ކުށް
410 ވަނަ މާއްދާ - ހުއްދަނޫން ކާވެނި
411 ވަނަ މާއްދާ - ހުއްދަނޫން ޖިންސީ ގުޅުން
412 ވަނަ މާއްދާ - ހުއްދަނޫން ޖިންސީ މުއާމަލާތް
413 ވަނަ މާއްދާ - ތިމާގެމީހަކާއެކު ޒިނޭކުރުން ނުވަތަ ޖިންސީ މުއާމަލާތް ހިންގުން
414 ވަނަ މާއްދާ - ދަރިން ބެލެހެއްޓުމަށް އޮތް ވާޖިބާއި، ދަރިންނަށް އަޅާނުލައި ދޫކޮށްލުން
415 ވަނަ މާއްދާ - އަޅާނުލުން
416 ވަނަ މާއްދާ - ހައްޔަރުން ނައްޓުވައިލުން
417 ވަނަ މާއްދާ - މާނަކުރުން
ހުއްދަނޫން ކާވެނި
410 ވަނަ މާއްދާ - ހުއްދަނޫން ކާވެންޏެއް ކުރުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުތަކުން ކުރެ އަމަލެއް ކުރާ މީހާ އެކުރަނީ ކުށެކެވެ.
- ހަތަރު އަނބީންނާއި އިނދެގެން ހުރެ، ނުވަތަ ހަތަރު އަބީންކުރެ އަނތްބަކު އިއްދައިގައިވާ ހާލު، އިތުރު ކާވެންޏެއް ކުރުން؛ ނުވަތަ
- ކާވެންޏެއް މަތީގައި ހުރެ، ނުވަތަ ވަރިކުރި އަންހެނާގެ އިއްދަ ހަމަ ނުވަނީސް އެ އަންހެނާގެ އެއް އިސްމަތުގައި ކާވެނިކުރުން ހަރާމްވެގެންވާ އެހެން އަންހެނަކާ ކާވެނިކުރުން؛ ނުވަތަ
- އަންހެނާގެ އިއްދަ ހަމަވުމުގެ ކުރިން، އެ އަންހެނާ އޭނާ ވަރިކުރި ފިރިހެނާ ނޫން އެހެން މީހަކާ ކާވެނިކުރުން؛ ނުވަތަ
- މީހަކާ އިނދެގެން ހުރި އަންހެނާ އިތުރު ކާވެންޏެއް ކުރުން؛ ނުވަތަ
- ތިންފަށް ވެފައިވާ އަންހެނާގެ ފަށް ނުފިލަނީސް، އޭނާ ތިންފަށް ކުރި ފިރިހެން މީހާއާ ކާވެނިކުރުން؛ ނުވަތަ
- ލިއާން ކުރެވިފައިވާ ދެމީހުން އަލުން ކާވެނިކުރުން؛ ނުވަތަ
- ނަސަބުގެ ސަބަބުން ނުވަތަ އެއްކިރުވުމުގެ ސަބަބުން ނުވަތަ ކާވެނީގެ ގުޅުމުގެ ސަބަބުން، އެ ފިރިހެނަކާ އެ އަންހެނަކާ ދެމީހުން ކާވެނިކުރުން އިސްލާމީ ށަރީއަތުގައި އަބަދުގެ އަބަދަށް ހަރާމްވެގެންވާ ދެމީހުން ކާވެނިކުރުން؛ ނުވަތަ
- އެއް ޖިންސުގެ ދެމީހުން ކާވެނި ކުރުން؛ ނުވަތަ
- އަންހެނަކު، މުސްލިމް ނޫން ފިރިހެނަކާ ކާވެނިކުރުން؛ ނުވަތަ
- ފިރިހެނަކު، އަހުލުކިތާބީއަކުކަމުގައި ނުވާ ގައިރު މުސްލިމަކާ ކާވެނިކުރުން.
(ށ) މާނަކުރުން
- "އަންހެނާގެ އިއްދަ" ކަމަށް ބުނެފައި އެވަނީ:
- ވަރިކުރެވުނު އަންހެނާއަކީ ހައިޒުވާ އުމުރުގެ މީހަކު ކަމުގައިވެފައި، އެ އަންހެނާ އޭނާގެ ފިރިމީހާއާއެކު ކާވެނީގެ މުއްދަތުގެ ތެރޭގައި އެއް ފަހަރުވެސް ޖިމާއުވެފައިވާނަމަ، އަދި ވަރިކުރިއިރު އޭނާ އިނީ ހައްޔަރުގައިކަމަށް ނުވާނަމަ، ވަރިކުރި ދުވަހުން ފެށިގެން 3 ހައިޒާއި 3 ތުހުރު ހަމަވަންދެން ހިނގާ މުއްދަތު؛ ނުވަތަ
- ވަރިކުރެވުނު އަންހެނާއަކީ ހައިޒުނުވާ ނުވަތަ ހައިޒުވުން ހުއްޓިފައިވާ އަންހެނަކު ކަމުގައިވާނަމަ، އަދި އެއަންހެނާ އޭނާގެ ފިރިމީހާއާއެކު ކާވެނީގެ މުއްދަތުގެ ތެރޭގައި އެއް ފަހަރުވެސް ޖިމާއުވެފައިވާނަމަ، ވަރިކުރި ދުވަހުން ފެށިގެން ހަނދުމަހުގެ 3 މަސް ހަމަވަންދެން ހިނގާ މުއްދަތު؛ ނުވަތަ
- ވަރިކުރެވުނު އަންހެނާ އިނީ ހައްޔަރުގައިކަމަށް ވާނަމަ، އޭނާ ވިހެއުމާ ހަމައަށް ހިނގާ މުއްދަތު، ނުވަތަ ހައްޔަރުގައި އިންއިނުން، ނިމުމަކަށް އައުމާހަމައަށް ހިނގާ މުއްދަތު؛ ނުވަތަ
- އަންހެނަކު ކާވެނި ކޮށްގެން ހުއްޓައި، ނުވަތަ ރަޖުއީ ވަރިއެއްގެ އިއްދައިގައި އިންދައި، އޭނާގެ ފިރިމީހާ މަރުވާ ހާލަތުގައި، އެ އަންހެނާ އިނީ ހައްޔަރުގައި ކަމަށް ނުވާނަމަ، އޭނާގެ ފިރިމީހާ މަރުވި ދުވަހުން ފެށިގެން ހަނދުމަހުގެ 4 މަހާއި 10 ދުވަސް ހަމަވަންދެން ހިނގާ މުއްދަތަށެވެ.
(ނ) ދަރަޖަކުރުން
މި މާއްދާގައި ބަޔާންކޮށްފައިވާ ކުށްކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެވެ.
ހުއްދަނޫން ޖިންސީ ގުޅުން
411 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލު ކުރާ މީހާ އެކުރަނީ ކުށެކެވެ.
- ޒިނޭކުރުން؛
- އެއް ޖިންސުން ޖިންސީ ގުޅުން ހިންގުން
(ށ) ދަރަޖަކުރުން: މީހަކާ އިނދެގެންހުރެ އެހެން މީހަކާ ޖިންސީ ގުޅުން ހިންގުމާއި، މީހަކާ ނީނދެހުރެ އެހެން މީހަކާ ޖިންސީ ގުޅުން ހިންގުން
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށަކީ:
- މީހަކާ އިނދެހުރެ، ކުރި ކުށަކަށް ވާނަމަ، އެއީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ؛
- މީހަކާ ނީނދެހުރެ ކާވެންޏެއްގެ މަތީގައި ހުރި މީހަކާއެކު ކުރި ކުށަކަށްވާނަމަ، އެއީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
- މީހަކާ ނީނދެހުރެ، ކާވެންޏެއް މަތީގައިނުވާ މީހަކާއެކު ކުރި ކުށަކަށްވާނަމަ، އެއީ ޖުނަހްގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ.
- (އުނި ކުރެވިފައި)
- (އުނި ކުރެވިފައި)
(ނ) ހަތަރު ހެކިންގެ އުސޫލު
މި މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށް ސާބިތުކުރަނީ، އެ ކުށް ކުރި މީހާގެ އިއުތިރާފު ނުވަތަ ހަތަރު ހެކީންގެ ހެކިބަހުން ނޫން ގޮތުގައި، ޑީ.އެން.އޭ އާއި ހައްޔަރުގައި އިނުމުގެ ގަރީނާ ފަދަ އެކަށީގެންވާފަދަ ގޮތުގައި ގަބޫލުކުރެވިދާނެ ފަދަ ގަރީނާ ނުވަތަ ގަރީނާތަކަކުން ކަމުގައި ވާނަމަ، އެ ކުށަކީ، އެނޫން ހާލަތްތަކުގައި އެ ކުށް ދަރަޖަކުރެވޭ ނިސްބަތަށް ވުރެ އެއް ދަރަޖަ ތިރީގައިވާ ކުށެކެވެ.
(ރ) އިތުރު އަދަބު
މި މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށަށް، މި ގާނޫނުގެ 90 ވަނަ ބާބުގެ ދަށުން ހުއްދަ ކޮށްފައިވާ އަދަބުގެ އިތުރަށް، އިސްލާމީ ށަރީއަތުގައި ކަނޑައެޅިފައިވާ ހައްދު ގާއިމުކުރުމުގެ ގޮތުން، އެމީހެއްގެ ގައިގައި 100 އެތިފަހަރުން ޖަލްދު ކުރަންވާނެއެވެ.
(ބ) އިސްތިސްނާ
މި މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށް، ސާބިތު ކުރަނީ މި މާއްދާގެ (ނ) ގައި ބަޔާންވެގެންވާ ގޮތުގެމަތިންކަމުގައި ވާނަމަ، އެ ކުށަށް ދިނުމަށް މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އަދަބު ދީގެން ނުވާނެއެވެ.
(ޅ) މާނަކުރުން
- "ޒިނޭކުރުން" ކަމަށް ބުނެފައި އެވަނީ ފިރިހެނަކު އޭނާގެ އަނބިމީހާ ނުވަތަ އޭނާ ކުރި ރަޖުއީ ވަރިއެއްގެ އިއްދައިގައި އިން އަންހެނާ ފިޔަވައި، އެހެން އަންހެނެއްގެ ފަރުޖަށް އެ ފިރިހެންމީހާގެ ޒަކަރު ނުވަތަ ޒަކަރުގެ ކުޑަމިންވަރެއް ނަމަވެސް ވެއްދުމަށެވެ.
- "އެއް ޖިންސުން ޖިންސީ ގުޅުން ހިންގުން" ކަމަށް ބުނެފައި އެވަނީ
- ފިރިހެނެއްގެ ފުރަގަސް ފަރާތު ދޮރަށް އެހެން ފިރިހެނަކު އޭނާގެ ގުނަވަނެއް ނުވަތަ އެއްޗެއް ޖިންސީ އަރާމެއް ހޯދުމުގެ ގޮތުން ވެއްދުމަށެވެ. ނުވަތަ ފިރިހެނެއްގެ އަނގައަށް އެހެން ފިރިހެނެއްގެ ޒަކަރު ވެއްދުމަށެވެ. ނުވަތަ،
- އަންހެނެއްގެ ކުރިމަތި ފަރާތު ދޮރަށް ނުވަތަ ފުރަގަސް ފަރާތު ދޮރަށް އެހެން އަންހެނެއްގެ ގުނަވަނެއް ނުވަތަ އެއްޗެއް، ޖިންސީ އަރާމެއް ހޯދުމުގެ ގޮތުން ވެއްދުމަށެވެ.
- "ޖަލްދުކުރުން" ކަމަށް ބުނެފައި އެވަނީ، ހަށިގަނޑަށް ނުރައްކާތެރި އަނިޔާ ނުލިބޭނޭ ގޮތެއްގެމަތިން، އަދަބެއް ރަމްޒުކޮށްދިނުމުގެ ގޮތުން، ހަންމުށިން ނުވަތަ ދުއްރައިން މީހެއްގެ ގައިގާ ތަޅާތެޅުމަށެވެ. ޖަލްދު ކުރާހިނދު، އެ އަދަބަކަށް ހުއްދަ ކުރެވިގެންވާ ހުރިހާ އެތިފަހަރެއް ޖަހަންވާނީ އެކަކެވެ. އަދި ޖަލްދުކުރާ މީހާގެ އަތުގެ ކުޑަހުޅު ނޫނީ ލަންބައިގެން ނުވާނެއެވެ. އަދި އޭނާގެ އަތުގެ މުލައްދަނޑިއަށް އެއްވެސް ބާރެއް ލައިގެން ނުވާނެއެވެ. ނުވަތަ ކޮނޑާއި އުނަގަނޑާއި ފުރަގަހާއި ފަޔާއި ފުންނާބުގެ ހަރަކާތެއްގެ ބާރު ބޭނުން ކޮށްގެން ނުވާނެއެވެ.
ހުއްދަނޫން ޖިންސީ މުއާމަލާތް
412 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ:
- ކާވެންޏެއްގެ މަތީގައި ހުރި މީހަކު، ތިމާގެ އަނބިމީހާ ނޫން، ނުވަތަ ފިރިމީހާ ނޫން މީހަކާއެކު ހިންގި ޖިންސީ މުއާމަލާތެއްނަމަ، އެ ކުށަކީ ޖުނަހުގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
- މީހަކާ ނީނދެ ހުރި މީހަކު، ކާވެންޏެއްގެ މަތީގައިހުރި އެހެން މީހަކާ އެކު ހިންގި ޖިންސީ މުއާމަލާތެއްނަމަ، އެ ކުށަކީ ޖުނަހްގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ.
- މީހަކާ ނީނދެހުރި މީހަކު، މީހަކާ ނީނދެހުރި އެހެން މީހަކާއެކު ހިންގި ޖިންސީ މުއާމަލާތެއްނަމަ، އެކުށަކީ ޖުނަހްގެ 3 ވަނަ ދަރަޖައިގެ
- ޖަނަވާރަކާއެކު ޖިންސީ އަމަލެއް ހިންގައިފިނަމަ، އެއީ ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ. (އިސްލާހު ކުރެވިފައި)
- (އުނި ކުރެވިފައި)
- (އުނި ކުރެވިފައި)
(ށ) (އުނި ކުރެވިފައި)
(ނ) މާނަކުރުން
"ޖިންސީ މުއާމަލާތް" ކަމަށް ބުނެފައި އެވަނީ، އެހެން މީހެއްގެ ޖިންސީ ގުނަވަނެއްގައ ނުވަތަ ޖިންސީ އަރާމެއް ހޯދައިގެނެވޭ ހިސާބެއް ކަމަށް ބެލެވޭ ތަނެއްގައި އަތްލުމަށް ނުވަތަ އަތްލެއްވުމަށް ނުވަތަ އެއްޗެއް މެދުވެރިކޮށް އަތްލުމަށް ނުވަތަ އަތްލެއްވުމަށް ނުވަތަ ބީހުމަށެވެ. (އިސްލާހު ކުރެވިފައި)
ތިމާގެމީހަކާއެކު ޒިނޭކުރުން ނުވަތަ ޖިންސީ މުއާމަލާތް ހިންގުން
413 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) މީހަކު އަމިއްލަ އިހްތިޔާރުގައި އޭނާގެ ތިމާގެމީހަކާ ޒިނޭކުރާނަމަ ނުވަތަ އެނޫންވެސް ޖިންސީ މުއާމަލާތެއް ހިންގާނަމަ، އޭނާ އެކުރަނީ ކުށެކެވެ. (އިސްލާހު ކުރެވިފައި)
(ށ) ދަރަޖަކުރުން
- ކުށްކުރި މީހާއަކީ އޭނާއާއެކު ޒިނޭކުރި ނުވަތަ ޖިންސީ މުއާމަލާތް ހިންގި މީހާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ މާމަ ނުވަތަ ކާފަ ނުވަތަ މުނިމާމަ ނުވަތަ މުނިކާފައާ އެކުގައިކަމަށްވާނަމަ، އެއީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ؛
- އެނޫން ހާލަތްތަކުގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށަކީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ؛
- އިތުރު އަދަބު ހުއްދަކުރުން
މި ގާނޫނުގެ 90 ވަނަ ބާބުގެ ދަށުން ހުއްދަ ކޮށްފައިވާ އަދަބުގެ އިތުރަށް، މި ގާނޫނުގެ 411 ވަނަ މާއްދާގެ (ޅ) ގެ (3) ވަނަ ނަންބަރުގައިވާ ފަދައިން 19 އެތިފަހަރުން ޖަލްދުކުރުން، މި ކުށަށް ހުއްދަކުރެވިގެންވެއެވެ. - "ޖަލްދުކުރުން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 411 ވަނަ މާއްދާގެ (ޅ) ގެ (3) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ތަޅާ ތެޅުމަށެވެ. (އިސްލާހު ކުރެވިފައި)
(ނ) އަދަބު ކަނޑައެޅުމުގައި ބަލާނެ ނުކުތާ
ކުށްކުރި މީހާއަކީ މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މީހަކު ކަމުގައި ނުވިނަމަވެސް، އޭނާއަކީ އާއިލާއެއްގެ ތެރޭގައި ހާއްސަ މަގާމެއް ދެވިގެންވާ މީހަކު ކަމުގައި ވެފައި، މި މާއްދާގައި ބަޔާންކޮށްފައިވާ ކުށް އޭނާކުރީ، އެ މަގާމު ނަހަމަގޮތުގައި ބޭނުންކޮށްގެން ކަމަށްވާނަމަ އޭނާއަށް ކަނޑައަޅާނީ އަދަބުގެ އަސާސީ މިންގަނޑަށްވުރެ އެއް ދަރަޖަ މަތީ އަދަބެކެވެ.
(ރ)
- "ތިމާގެ މީހުން" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް މީހަކާ އާއިލީ ގުޅުންހުރި މީހުންނަށެވެ:
- މަންމަ ނުވަތަ ބައްޕަ، ކާފަ އެއް ނުވަތަ މާމައެއް، މުނިކާފައެއް، ނުވަތަ މުނިމާމައެއް؛
- ދަރި ނުވަތަ ކާފަދަރިން ނުވަތަ މުނިކާފަދަރިން؛
- އެއްބަނޑުއެއްބަފާ މީހާ، ނުވަތަ އެއްބަނޑު މީހާ ނުވަތަ އެއްބަފާ މީހާ؛
- ބޮޑުދައިތަ، މުނިބޮޑުދައިތަ، ބޮޑުބޭބެ، މުނިބޮޑުބޭބެ، ނުވަތަ ތިމާއަށް ބޮޑުބޭބެ ކިޔާ އަންހެން ކުއްޖާ ނުވަތަ ފިރިހެން ކުއްޖާ؛ ނުވަތަ
- އަނބިމީހާގެ ނުވަތަ ފިރިމީހާގެ ބައްޕަ، ނުވަތަ އަނބިމީހާގެ ނުވަތަ ފިރިމީހާގެ މަންމަ، ނުވަތަ އަނބިމީހާގެ ނުވަތަ ފިރިމީހާގެ އަންހެން ދަރިފުޅު، ނުވަތަ އަނބިމީހާގެ ނުވަތަ ފިރިމީހާގެ ފިރިހެން ދަރިފުޅު؛ ނުވަތަ
- އެއްކިރުވުމުގެ ސަބަބުން އަހަކަށްވާ ފިރިހެނާ ނުވަތަ އުހުތަކަށްވާ އަންހެނާ؛ ނުވަތަ
- މި މާއްދާގެ (ރ) ގެ (i) އިން ފެށިގެން (ރ) ގެ (2) ވަނަ ނަންބަރުގެ (v) އަށް ބަޔާންކޮށްފައިވާ ގުޅުމުގެ ތެރެއިން ގުޅުމެއް ކާވެނީގެ ގުޅުމުގެ ސަބަބުން އުފެދިފައިވާ މީހާ.
ދަރިން ބެލެހެއްޓުމަށް އޮތް ވާޖިބާއި، ދަރިންނަށް އަޅާނުލައި ދޫކޮށްލުން
414 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) މަންމައަކަށް ނުވަތަ ބައްޕައަކަށް ނުވަތަ ބެލެނިވެރިއަކަށް ހުރެ، ނުވަތަ ކުއްޖަކު އޭނާގެ ހަވާލުގައިވާ މީހާކަމުގައި ހުރެ، ނުވަތަ ކުއްޖަކު ބެލުން ހަވާލުވެފައިވާ މީހަކަށް ހުރެ، އަންނަނިވި އަމަލުތަކުން އަމަލެއް ކުރާ މީހާ އެކުރަނީ ކުށެކެވެ:
-
- ކުއްޖާގެ ސިއްހަތަށް ނުވަތަ ރައްކާތެރިކަމަށް ނުވަތަ މަސްލަހަތަށް އެކަށީގެންނުވާ ގޮތެއްގައި އުނިކަން އަތުވެދާނެ ފަދަ ހާލަތެއްގައި؛ އަދި
- ސާދަ (14)އަހަރަށްވުރެ ދޮށީ މީހަކު ނުބަހައްޓައި 24 ގަޑިއިރަށް ނުވަތަ އެއަށް ވުރެ ގިނަ އިރަށް 14 އަހަރު ނުފުރޭ ކުއްޖަކު ދޫކޮށްލުން؛
- މި ގާނޫނުގެ 110 ވަނަ ބާބާއި 120 ވަނަ ބާބާއި 130 ވަނަ ބާބުގައި ބާޔަންކޮށްފައިވާފަދަ ކުށްތަކުގެ ތެރެއިން ކުށެއް ކުރުމަކީ، އެކަށީގެންވާ ކަމެއްކަން އެނގިހުރެ އެފަދަ ކުށެއް އެކުއްޖާއާމެދު ހިނގިޔަ ނުދިނުމަށް އަޅަން ޖެހޭ އެކަށީގެންވާ ފިޔަވަޅުތައް އަޅާފައި ނުވުން؛
- އެކުއްޖާ ވިހޭކަން ރަޖިސްޓަރީކުރުމަށް ކުރަންޖެހޭ ކަންކަން ކޮށްފައިނުވުން.
(ށ) ކުއްޖާގެ ސިއްހަތަށް ނުވަތަ ސަލާމަތަށް ނުވަތަ މަސްލަހަތަށް އެކަށީގެންނުވާ އުނިކަން ލިބިދާނެކަމަށް ބެލެވޭ ހާލަތު ބަލާނެ ގޮތް
ވަކި ހާލަތަކީ، ކުއްޖާގެ ސިއްހަތަށް ނުވަތަ ރައްކާތެރިކަމަށް ނުވަތަ މަސްލަހަތަށް އެކަށީގެންނުވާ އުނިކަން ލިބިދާނެ ހާލަތެއްކަމަށް، ފަނޑިޔާރަކު ކަނޑައެޅުމުގައި އަންނަނިވި ނުކުތާތަކަށް ސަމާލުކަން ދޭން ވާނެއެވެ؛
- ކުއްޖާގެ އުމުރާއި ކުއްޖާ ބޮޑުވަމުން އައިސްފައިވާ ގޮތް؛ އަދި
- ކުއްޖާ ދޫކޮށްލި ދޫކޮށްލުން ނިސްބަތްވެގެންވަނީ މާލީ ގޮތުން ދިމާވި ދަތިކަމަކަށް ނުވަތަ ބައްޔަކަށް؛ އަދި
- ކުއްޖާގެ ސިއްހަތަށްޓަކައި ނުވަތަ ސަލާމަތަށްޓަކައި ނުވަތަ މަސްލަހަތަށްޓަކައި، ކުއްޖާއަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދިނުމަށް، ހެޔޮނިޔަތުގައި މަސައްކަތްކޮށްފައިވާނަމަ، އެކަން.
(ނ) ދަރަޖަކުރުން
މި ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
އަޅާނުލުން
415 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އެހީތެރިވެދެވޭނެ ގާބިލުކަން ހުރެ، އަންނަނިވި އަމަލުތަކުން އަމަލެއް ކުރާ މީހާ، އެކުރަނީ ކުށެކެވެ:
- އަންނަނިވި މީހުންނަށް އެހީތެރިކަން ފޯރުކޮށްނުދިނުން:
- އަށާރަ (18) އަހަރު ނުވާ އޭނާގެ ދަރިފުޅު؛ ނުވަތަ
- ފަންސާސް (50) އަހަރަށްވުރެ ދޮށި ނުވަތަ ނުކުޅެދިގެންވާ ހާލަތެއްގައިވާ އޭނާގެ މައިންބަފައިން:
- އޭނާގެ ނުކުޅެދިގެންވާ އަނބިމީހާ ނުވަތަ ފިރިމީހާ؛ އަދި
- މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ އަމަލު ހިންގާފައިވަނީ އަންނަނިވި ކަންކަން އޭނާއަށް އެނގިފައިވާ ހާލަތުގައި ކަމުގައިވުން:
- އެ މާއްދާގައ ބުނެފައިވާ ފަރާތަކީ ނުވަތަ ފަރާތްތަކަކީ ހަރަދުގެ ފައިސާއަށް ބޭނުންވެފައިވާ މީހެއްކަން؛ ނުވަތަ
(ހ)ކޯޓެއްގެ ނުވަތަ އިދާރީ އަމުރެއްގެ ދަށުން ހަރަދުގެ ފައިސާ ލިބެން ޖެހޭ މީހެއްކަމުގައިވެ، އެފައިސާ ނުލިބި 6 މަސްދުވަހަށްވުރެ ދިގުމުއްދަތެއް ފާއިތުވުން އަދި ލިބެންޖެހޭ ފައިސާގެ ޖުމްލަ އަދަދު 1500 ރުފިޔާ އަށްވުރެ އިތުރުވެފައިވުން.
(ށ) އެ ފައިސާ ނުލިބި:
- އެ މާއްދާގައ ބުނެފައިވާ ފަރާތަކީ ނުވަތަ ފަރާތްތަކަކީ ހަރަދުގެ ފައިސާއަށް ބޭނުންވެފައިވާ މީހެއްކަން؛ ނުވަތަ
1. 6 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއް ފާއިތުވެފައިވާ ކަން؛ ނުވަތަ
2. ލިބެންޖެހޭ ފައިސާގެ ޖުމްލަ އަދަދު 1,500 ރުފިޔާއަށްވުރެ އިތުރުވެފައިވާކަން.
(ށ) ނުކުޅެދިގެންވުން
މި މާއްދާގެ މަގްސަދަށްޓަކައި ނުކުޅެދިގެންވުން މާނަކޮށްދެނީ މަސައްކަތެއް ކޮށްގެން ތިމާ އަމިއްލައަށް ތިމާގެ ދިރިއުޅުން ކުރިއަށް ގެންދިއުމަށް މާއްދީ ގޮތުން ނުވަތަ ބުއްދީގެ ގޮތުން ނުކުޅެދިގެންވާ ހާލަތަށެވެ.
(ނ) ދަރަޖަކުރުން
މި ކުށަކީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.
ހައްޔަރުން ނައްޓުވައިލުން
416 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) މީހަކު ހައްޔަރުގައިއިނދެ ފުރަތަމަ 120 ދުވަސް ފުރިހަމަވާ ފަހުން، އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް ކުރާމީހާ، އެކުރަނީ ކުށެކެވެ.
- ދަރިޔަކު އުފަންކުރުންކަމަށް ނުވާ ގޮތުގެމަތިން މީހަކު ހައްޔަރުގައި އިން އިނުން ގަސްދުގައި ހުއްޓުވާލުން؛
- ހައްޔަރުގައި އިން އަންހެނާ، އަމިއްލައަށް، ނުވަތަ އެހެން މީހެއްގެ އެހީއާއެކު ވަކި ބާވަތެއްގެ އާލާތެއް، ނުވަތަ ހަތިޔާރެއް، ނުވަތަ ބޭހެއް ބޭނުންކޮށްގެން ނުވަތަ އަމިއްލައަށް އަނިޔާ ލިބިގަނެގެން، ދަރިޔަކު އުފަންކުރުންކަމަށް ނުވާގޮތެއްގައި، ހައްޔަރުގައި އިން އިނުން އަމިއްލައަށް ހުއްޓުމަކަށް ގެނައުން:
(ށ) ގެއްލުމެއް ލިބިދާނެ ކަމުގެ ބިރު އުފެދޭ މައިން އިސްތިސްނާވެގެންވުން
މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ އަމަލު އަންނަނިވި ހާލަތްތަކުގައި ކުށެއްކަމަކަށް ނުބެލެވޭނެއެވެ:
- ކުށުގެ އަމަލު ކުރާ މީހަކީ:
- މަންމަޔަކަށްވުން؛ ނުވަތަ
- ހުއްދަލިބިގެންވާ ސިއްހީ މަސައްކަތް ތެރިއަކަށްވުން؛ އަދި
- އެގޮތަށް ހައްޔަރުގައި އިނުމުގެ ސަބަބުން ހައްޔަރުގައި އިން އަންހެނާގެ ފުރާނައަށް ގެއްލުން ލިބިދާނެކަމަށް، ހުއްދަ ލިބިގެންވާ ސިއްހީ މަސައްކަތްތެރިއަކު ކަނޑައަޅާފައިވުން.
(ނ) ހައްޔަރުގައިއިނަ ނުދިނުމަށް މަސައްކަތްކުރުން އިސްތިސްނާވުން
ބަލިވެއިނދެދާނެ ގޮތްތައް ބަންދުކޮށްގެން، ނުވަތަ ބަލިވެއިނުމުގެ ކުރިން، ނުވަތަ އެ ވަގުތު ނުވަތަ އެ ވަގުތަށްފަހު މަސައްކަތްކުރާ ވަސީލަތެއް މެދުވެރިކޮށްގެން ނަމަވެސް، ހައްޔަރުގައިއިނަ ނުދިނުމަށްޓަކައި، ބޭހެއް ނުވަތަ އެހެންވެސް މާއްދާއެއް ލިޔެދިނުމަކީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ ދާއިރާ ތެރޭގައި ހިމެނިގެންވާކަމެއް ނޫނެވެ.
(ރ) ތިމާގެމީހަކު ހިންގާ ޖިންސީ ގުޅުމެއްގެ ސަބަބުން ނުވަތަ އެނޫންވެސް އެފަދަ ޖިންސީ ގުޅުމެއްގެ ސަބަބުން ހައްޔަރުގައި އިންނަ ހާލަތްތަކުގައި އިސްތިސްނާ ލިބިގެންވުން
އަންހެނަކު، ހައްޔަރުގައި އިނީ، އަންނަނިވި ހާލަތްތަކުން ހާލަތެއްގެ ސަބަބުން ކަމުގައިވާނަމަ އެގޮތުން ހައްޔަރުގައި އިން އިނުން ހުއްޓުވުމަކީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ:
- މި ގާނޫނުގެ 130 ވަނަ މާއްދާގެ ނުވަތަ 131 ވަނަ މާއްދާގެ ދަށުން ތިމާއާމެދު ހިންގި ޖިންސީ އަމަލެއްގެ ސަބަބުން؛ ނުވަތަ (އިސްލާހު ކުރެވިފައި)
- މި ގާނޫނުގެ 413 ވަނަ މާއްދާގެ ދަށުން ތިމާގެ މީހަކު ތިމާއާ ޖިންސީ މުއާމަލާތެއް ހިންގުން. (އިސްލާހު ކުރެވިފައި)
(ބ) ދަރަޖަކުރުން
މި ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
މާނަކުރުން
417 ވަނަ މާއްދާ - މާނަކުރުން
(ހ) "ތިމާގެ މީހުން" އަށް ދީފައިވަނީ މި ގާނޫނުގެ 413 ވަނަ މާއްދާގެ (ރ) ގައި ދީފައިވާ މާނަކުރުމެވެ.
(ށ) "ގާބިލުކަން ނެތް" އަށް ދީފައިވަނީ މި ގާނޫނުގެ 27 ވަނަ މާއްދާގެ (ރ) ގައިވާ މާނަކުރުމެވެ.
(ނ) "ޖިންސީ އަމަލު" އަށް ދީފައިވަނީ މި ގާނޫނުގެ 131 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
510 ވަނަ ބާބު
ދައުލަތް ހިންގުމާ ދެކޮޅަށް ކުރެވޭ ކުށް
ރިށްވަތު ދިނުމާއި ރަސްމީ ހައިސިއްޔަތުން އަދާކުރާ ވަޒީފާގައި ހިންގާ ހުއްދަނޫން ކަންކަމުގެ ކުށް
510 ވަނަ މާއްދާ - ރިށްވަތު
511 ވަނަ މާއްދާ - ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުން
512 ވަނަ މާއްދާ - ރަސްމީ ވާޖިބު އަދާކުރުމުގައި ހިންގާ އެކަށީގެންނުވާ އަމަލު
513 ވަނަ މާއްދާ - ނަހަމަ ގޮތުގައި ރަސްމީ ހައިސިއްޔަތު ނުވަތަ މައުލޫމާތު ބޭނުންކުރުން
514 ވަނަ މާއްދާ - ސިއްރު މައުލޫމާތު ހުއްދަނޫން ގޮތުގައި ހާމަކުރުން
515 ވަނަ މާއްދާ - މާނަކުރުން
ރިށްވަތު
510 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލު ކުރާ މީހާ، އެކުރަނީ ކުށެކެވެ:
- ދައުލަތުގެ މުވައްޒަފެއްކަމުގައިވެ ހުރެ؛ އަދި
- އެނގިހުރެގެން މަންފާއަކަށް އެދުމާއި، ގަބޫލުކުރުމާއި، ތިމާއަށްޓަކައި ނުވަތަ އެހެން މީހަކަށްޓަކައި އެ މަންފާ ގަބޫލުކުރުމަށް އެއްބަސްވުން؛ އަދި
- އެ މަންފާއަކީ ގާނޫނުގައި ހުއްދަކޮށްފައިނުވާ އަދި އަންނަނިވި ކަންކަމުގެ މުގާބިލުގައި އޮތް އެއްޗަކަށްވުން:
- ރަސްމީ ހައިސިއްޔަތުން އަދާކުރަން ޖެހިފައިވާ ވާޖިބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ނުވަތަ ނުފޫޒު ފޯރުވުމަށް އެއްބަސްވުމުގެ ގޮތުން؛ ނުވަތަ
- ތިމާ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމެއް ކުރުމުގެ ގޮތުން ނުވަތަ ނުކޮށް ދޫކޮށްލުމުގެ ގޮތުން.
(ށ) ރިށްވަތުދިނުމަށް ހުށަހެޅުން
އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލު ކުރާ މީހާ، އެކުރަނީ ކުށެކެވެ:
- އެނގިހުރެ ދައުލަތުގެ މުވައްޒަފަކަށް މަންފާއެއް ދިނުން ނުވަތަ ދިނުމަށް ހުށަހެޅުން.
- އެ މަންފާއަކީ، ގާނޫނުގައި ހުއްދަކޮށްފައިނުވާ އަދި އަންނަނިވި ކަންކަމުގެ މުގާބިލުގައިއޮތް އެއްޗަކަށްވުން:
- ރަސްމީ ހައިސިއްޔަތުން އަދާކުރަން ޖެހިފައިވާ ވާޖިބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ނުވަތަ ނުފޫޒު ފޯރުވުމަށް އެއްބަސްވުމުގެ ގޮތުން؛

"ރަސްމީ ހައިސިއްޔަތު" ކަމަށް ބުނެފައި އެވަނީ ދައުލަތުގެ މުވައްޒަފަކު، ރަސްމީ ގޮތުން އަދާކުރަން ޖެހޭ ދައުލަތުގެ ވާޖިބެއްގެ ދަށުން ކުރާ ކަންކަމަށާއި ނުކޮށް ދޫކޮށްލާ ކަންކަމަށެވެ. ނުވަތަ ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް މަންފާއެއް ދިނުމަށް ނުވަތަ ނުދިނުމަށް ދައުލަތުގެ މުވައްޒަފަކަށް، ލިބިދޭ ބާރުގެ ބޭނުންކުރުމަށާއި ބޭނުންނުކުރުމަށެވެ.
(ރ) ދަރަޖަކުރުން
މި ކުށަކީ، ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.
ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުން
511 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) ރަސްމީ ހައިސިއްޔަތުން ދައުލަތުގެ މުވައްޒަފަކު ކުރާކަމަކަށް ނުފޫޒު ފޯރުވުމުގެ މަގްސަދުގައި، އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް ކުރާމީހާ އެކުރަނީ ކުށެކެވެ:
- ކުށެއް ކުރުން ނުވަތަ ކުށެއް ކޮށްފާނެކަމުގެ ބިރުދެއްކުން؛ ނުވަތަ
- ގާނޫނުގައި މަނާކޮށްފައިވާ ގޮތެއްގެމަތިން، ސީދާ ނުވަތަ ނުސީދާ ގޮތެއްގައި ނަމަވެސް، ދައުލަތުގެ މުވައްޒަފަކާއެކު މުއާސަލާތެއް ހިންގުން.
(ށ) ދަރަޖަކުރުން: ބިރުދައްކައިގެން، ރަސްމީ ވާޖިބަށް ނުފޫޒު ފޯރުވުން
- މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށަކީ، ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
- އެނޫން ހާލަތްތަކުގައި އެއީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.
ރަސްމީ ވާޖިބު އަދާކުރުމުގައި ހިންގާ އެކަށީގެންނުވާ އަމަލު
512 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) ދައުލަތުގެ މުވައްޒަފަކަށްހުރެ ރަސްމީ ހައިސިއްޔަތުން އޭނާގެ ވާޖިބު އަދާކުރުމުގައި އެނގިހުރެ އަންނަނިވި އަމަލުތަކުން އަމަލެއް ކުރާ މީހާ އެކުރަނީ ކުށެކެވެ:
- ގާނޫނުގައިވާ ގޮތުގެމަތިން އަދާކުރަން ޖެހޭ ވާޖިބެއް އަދާނުކޮށް ދޫކޮށްލުން؛ ނުވަތަ
- ގާނޫނުގައި ހުއްދަކޮށްފައިނުވާ ކަމެއް ކުރުން.
(ށ) ދަރަޖަކުރުން
މި ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
(ނ) އަދަބު ކަނޑައެޅުމުގައި ބަލާ ނުކުތާ
މި ގާނޫނުގެ 1002 ވަނަ މާއްދާގައިވާ އަދަބު ކަނޑައެޅުމުގެ މިންގަނޑުތަކުގެ ތާވަލުގައި ބަޔާންކޮށްފައިވާ ހުކުމް ކަނޑައެޅުމުގެ މިންގަނޑުގެ އެންމެ އަސާސީ މިންގަނޑުގައި ހިމެނޭ އަދަބު، މި މާއްދާގައި ބަޔާންކުރާ ކޮންމެ ކުށަކަށް އެއް ދަރަޖަ މައްޗަށް އުފުލިގެންވެއެވެ. އެއީ، ދައުލަތުގެ މުވައްޒަފަކު، އެ ކުށްކޮށްފައިވަނީ ތިމާއަށް ނުވަތަ ތިމާގެމީހަކަށް ނުވަތަ ރަހްމަތްތެރިއަކަށް މަންފާއެއް ހޯދައިދިނުމުގެ މުގާބިލުގައިކަމަށް ވާ ނަމައެވެ. (އިސްލާހު ކުރެވިފައި)
ނަހަމަ ގޮތުގައި ރަސްމީ ހައިސިއްޔަތު ނުވަތަ މައުލޫމާތު ބޭނުންކުރުން
513 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލު ކުރާ މީހާ، އެކުރަނީ ކުށެކެވެ:
- ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން އޭނާއަށް ލިބިގެންވާ ސިއްރު މައުލޫމާތުގެ ނަހަމަ ބޭނުންކުރުން؛ އަދި
- ތިމާއަށް ނުވަތަ އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް، މަންފާއެއް ހޯދައިދިނުމުގެ މަގްސަދުގައި، އެކަން ކުރުން.
(ށ) ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުން
އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ، އެކުރަނީ ކުށެކެވެ.
- ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން އޭނާއަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތުގެ ނުވަތަ އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރުން؛ އަދި
- ތިމާއަށް ނުވަތަ އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ މަގްސަދުގައި، އެކަން ކުރުން.
(ނ) ދަރަޖަކުރުން
މި ކުށް ކުށަކީ، ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
ސިއްރު މައުލޫމާތު ހުއްދަނޫން ގޮތުގައި ހާމަކުރުން
514 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލު ކުރާ މީހާ، އެކުރަނީ ކުށެކެވެ:
- ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން އޭނާގެ މައްޗަށް ލާޒިމުވެގެންވާ ވާޖިބަކާ ހިލާފުވެވޭކަން އެނގިހުރެ؛ އަދި
- ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން އޭނާއަށް ލިބިފައިވާ ސިއްރު މައުލޫމާތު ހާމަކުރުން.
(ށ) ދަރަޖަކުރުން
މިކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
މާނަކުރުން
515 ވަނަ މާއްދާ - މާނަކުރުން
(ހ) "މަންފާ" އަށް ދީފައިވަނީ މި ގާނޫނުގެ 315 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
(ށ) "ރަސްމީ ހައިސިއްޔަތު" އަށް ދީފައިވަނީ މި ގާނޫނުގެ 510 ވަނަ މާއްދާގެ (ނ) ގައި ދީފައިވާ މާނަކުރުމެވެ.
(ނ) "ދައުލަތުގެ މުވައްޒަފު" އަށް ދީފައިވަނީ މި ގާނޫނުގެ 533 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
520 ވަނަ ބާބު
ދޮގު ހެކި ދިނުމާއި ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށް
520 ވަނަ މާއްދާ - ރަސްމީ އިދާރާތަކަށް ދޮގު ހެކި ދިނުން
521 ވަނަ މާއްދާ - ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުން
522 ވަނަ މާއްދާ - ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ދޮގު ރިޕޯޓުކުރުން
523 ވަނަ މާއްދާ - އާންމު ރައްކާތެރިކަން ބަލަހައްޓާ ފަރާތްތަކަށް ދޮގު ހަބަރު ދިނުން
524 ވަނަ މާއްދާ - މާނަކުރުން
ރަސްމީ އިދާރާތަކަށް ދޮގު ހެކި ދިނުން
520 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލު ކުރާ މީހާ އެކުރަނީ ކުށެކެވެ:
- ދޮގު ބަޔާނެއް ދިނުން؛ އަދި
- އެ ބަޔާން އޭނާ ދެނީ އޭގެ ތެދުކަން ގަބޫލުނުކުރާ ހާލު؛
- ހުވައެއްގެ މަތީގައި ހުރެކަމުގައިވުން ނުވަތަ އެ ހުވަޔާ އެއްފަދަ އެހެންވެސް ގޮތަކުން އެކަން ކަށަވަރުކޮށްދިނުމާ އެކުގައި ކަމުގައިވުން؛ ނުވަތަ
- ކުރިން ދީފައިވާ ބަޔާނެއްގެ ތެދުކަމުގެ މައްޗަށް ހުވާކުރާ ހާލު ނުވަތަ އެކަން ކަށަވަރުކޮށްދޭ ހާލުގައި ކަމަށްވުން. އަދި
- ރަސްމީ އިދާރާއަކަށް ދޭ ބަޔާނަކަށް އެ ބަޔާންވުން.
(ށ) އަނބުރާ ގެންދިއުމުގެ އިސްތިސްނާ
އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލު ކުރާ މީހާ، އެކުރަނީ ކުށެއް ނޫނެވެ:
- ދޮގު ބަޔާނެއް ދިނުމަށްފަހު، އެ ބަޔާން ދިން މަޖިލީހުގައި، އެ ބަޔާން އަނބުރާ ގެންދިއުން؛
- ދޮގު ބަޔާނެއް ދީފައިވާކަން ސާބިތުވުމުގެކުރިން ނުވަތަ ދޮގުހަދާފައިވާކަން ސާބިތުވާނެކަން ކަށަވަރުވުމުގެ ކުރިން އެ ބަޔާން އަނބުރާ ގެންދިއުން؛ އަދި
- އެ ދޮގު ބަޔާނުގެ ސަބަބުން، އެ ބަޔާން ދިން މަޖިލީހުގައި ހިނގަމުން ދިޔަ ކަންކަމުގެ އަސްލަށް އަސަރުކުރުމުގެ ކުރިން އެ ބަޔާން އަނބުރާ ގެންދިއުން.
(ނ) ހުވާކުރަންވީ ގޮތަށް ނުކުރުމަކީ ދިފާއެއްނޫން
މި މާއްދާގެ ދަށުން ކުރެވޭ ދައުވާއެއްގައި، ދައުވާ ރައްދުވާ މީހާ ހުވާކުރީ ނުވަތަ ކަމެއް ކަށަވަރު ކޮށްދިނީ އެކަން ކުރުމަށްއޮތް ގޮތަށްކަމަށް ނުވުމަކީ، ނުވަތަ އެ މައުލޫމާތު ދިން މީހާއަކީ އެ މައުލޫމާތު ދިނުމުގެ ގާބިލުކަން ހުރި މީހެއްކަމުގައި ނުވުމަކީ، ދިފާއެއް ނޫނެވެ. ވަކި ލިޔުމެއް ދެނީ، ހުވައެއްގެ މަތީގައި ނުވަތަ ޔަގީންކަން ދިނުމަށް ފަހުގައިކަން އެ ލިޔުން ދޭ މީހާ ކަށަވަރުކޮށްދީފިނަމަ، އެ ލިޔުމަކީ އެ ލިޔުން ދޭ މީހާ ހުވައެއްގެ މަތީގައި ނުވަތަ ކަށަވަރުކަމެއް ދިނުމާ އެކުގައި ދޫކުރާ ލިޔުމެއްކަމުގައި ބެލެވޭނެއެވެ.
(ރ) ދޭ ބަޔާނަކަށް ހެކި ދެއްކުން
ދައުވާ ރައްދުވާ މީހާ ދޭ ބަޔާނެއްގެ ދޮގުކަމާ މެދު ލިބެން ހުރި ހަމައެކަނި ހެއްކަކީ އެހެން މީހަކު އެއާ ދެކޮޅަށް ދޭ ހެކިބަސް އެކަނިކަމަށްވުމަކީ، މި މާއްދާގެ ދަށުން އެ ބަޔާން ދޭ މީހާ ކުށްވެރިވާނެ ކަމެއް ނޫނެވެ.
(ބ) ދަރަޖަކުރުން
މި ކުށަކީ، ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
(ޅ) މާނަކުރުން
"ރަސްމީ އިދާރާ" ކަމަށް ބުނެފައި އެވަނީ ގާނޫނީ ގޮތުން، ނުވަތަ ށަރުއީ ގޮތުން ނުވަތަ އިދާރީ ގޮތުން ނުވަތަ ރަސްމީ އިދާރާއެއްގައި ނުވަތަ ހުވައެއްގެ މަތީގައި ދެވޭ ހެކިބަސް ނެގުމުގެ ހުއްދަ ދީފައިވާ މުވައްޒަފެއްގެ ކުރިމަތީގައި، ހިންގޭ މަޖިލިސްތަކަށެވެ. އަދި އޭގެ ތެރޭގައި ރެފްރީންނާއި އެގްޒަމިނަރުންނާއި ކޮމިށަނަރުންނާއި ނޯޓަރީންނާއި އެ މަޖިލިސްތަކާ ގުޅިގެން، މީހަކު ދޭ ހެކިބަސް ނެގުމުގެ ހުއްދަ ލިބިގެންވާ އެހެން ކޮންމެ މީހަކުވެސް ހިމެނޭ ގޮތުންނެވެ.
ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުން
521 ވަނަ މާއްދާ - ހުވަޔަކާ ނުލައި އެކި އިދާރާތަކަށް ލިޔުމުން ދޭ ދޮގު ބަޔާން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލު ކުރާ މީހާ، އެކުރަނީ ކުށެކެވެ:
- ދައުލަތުގެ މުވައްޒަފަކު ނުވަތަ ގާނޫނު ތަންފީޒުކުރާ މުވައްޒަފަކު އޭނާގެ ރަސްމީ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވާޖިބު އަދާކުރަމުންދާއިރު، އޭނާއަށް ކަމެއް އޮޅުވާލުމުގެ މަގްސަދުގައި؛ ނުވަތަ
- ރަސްމީ އިދާރާއެއްގައި؛ ނުވަތަ
- އެ ބަޔާނެއްދޭ މީހާ:
- އޭގެ ތެދުކަން ގަބޫލުނުކުރާ ދޮގު ބަޔާނެއް ލިޔުމުން ދިނުމާއި؛ ނުވަތަ
- ދީފައިވާ ލިޔުމެއްގެ ސަބަބުން އޮޅުންތަކެއް އަރައިފާނެކަމަށްޓަކައި ދޭންޖެހޭ އިތުރު މައުލޫމާތު ހުރިކަން އެނގިހުރެ އެ މައުލޫމާތު ނުދިނުން.
(ށ) ދޮގު ބަޔާން
އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ، އެކުރަނީ ކުށެކެވެ:
- ދޮގު ބަޔާނެއް ދިނުން؛ އަދި
- އެއީ ތެދު އެއްޗެއްކަން، އެ ބަޔާންދޭ މީހާ ގަބޫލުނުކުރުން؛ އަދި
- އެ ބަޔާނަކީ ދައުލަތުގެ މުވައްޒަފަކު ނުވަތަ ގާނޫނު ތަންފީޒުކުރާ މުވައްޒަފަކު އޭނާ ރަސްމީ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވާޖިބު އަދާކުރުމުގައި، އެފަދަ މުވައްޒަފަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި ދެވޭ ބަޔާނަކަށްވުން.
(ނ) އިސްތިސްނާ
މީހަކު ދިން ދޮގު ބަޔާނަކީ ނުވަތަ ދޮގު ލިޔުމަކީ އެ ބަޔާން ދެވޭ ރަސްމީ އިދާރާގައި ހިނގާ ކަންކަމުގެ އަސްލަށް އަސަރުނުކުރާ ބަޔާނެއް ކަމުގައިވާނަމަ މި މާއްދާގެ (ހ) އާއި
(ށ) ގައި ބަޔާންކޮށްފައިވާ ކުށް، އެ ބަޔާން ދިން މީހާ، ކުރީކަމުގައެއް ނުބެލެވޭނެއެވެ.
(ރ) މާނަކުރުން
"ގާނޫނު ތަންފީޒުކުރާ މުވައްޒަފު" ކަމަށް ބުނެފައި އެވަނީ އޭނާގެ މަގާމުގެ ހައިސިއްޔަތުން ނުވަތަ އަދާކުރާ ރަސްމީ ވަޒީފާގެ ހައިސިއްޔަތުން އަމަންއަމާންކަން ދެމެހެއްޓުމާއި،
ކުށް ކުރާ މީހާ ހައްޔަރުކުމުގެ ވާޖިބު، ގާނޫނެއްގެ ދަށުން އަދާކުރަން ޖެހޭ ކޮންމެ މީހަކަށެވެ.
(ބ) ދަރަޖަކުރުން
މި ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ދޮގު ރިޕޯޓުކުރުން
522 ވަނަ މާއްދާ - އެހެން މީހަކު ކުށެއް ކޮށްފިކަމުގެ ދޮގު މައުލޫމާތު ދިނުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ، އެކުރަނީ ކުށެކެވެ:
- ދޮގު މައުލޫމާތުކަން އެނގޭ މައުލޫމާތެއް ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ދިނުން؛ އަދި
- އެ މައުލޫމާތު އެދެނީ، ޖިނާއީ އަމަލެއް މީހަކަށް ނިސްބަތްކުރުމުގެ މަގްސަދުގައި ކަމަށްވުން.
(ށ) ހިނގާފައިނުވާ ކަމެއްގެ ރިޕޯޓު ދިނުން
އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލު ކުރާ މީހާ އެކުރަނީ ކުށެކެވެ:
- ހިނގާފައިނުވާ ކުށެއް ނުވަތަ ކަމެއް ހިނގައިފިކަމުގެ މައުލޫމާތު، ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިނުން؛ ނުވަތަ
- ހިނގާފައިވާ ކުށެއް ނުވަތަ ހިނގާފައިވާ ކަމަކާ ގުޅޭ ގޮތުން މައުލޫމާތެއް ލިބިފައިނެތް މީހަކު، އެފަދަ މައުލޫމާތެއް އޭނާއަށް ލިބިގެންވާކަމުގައި ގާނޫނު ތަންފީޒުކުރުމުގެ އިދާރާއަކަށް ދެއްކުމާއި، އެގޮތުން އެއްވެސް މައުލޫމާތެއް ދިނުން.
(ނ) ދަރަޖަކުރުން
- މި ގޮތުން ދެވޭ މައުލޫމާތަކީ އެ މައުލޫމާތުގެ ސަބަބުން މީހެއްގެ މައްޗަށް ޖިނާޔަތުގެ ކުށެއް ސާބިތުކުރެވިދާނެ ފަދަ މައުލޫމާތެއް ކަމުގައި ވާނަމަ:
- އަދި އެގޮތުން، ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ނުވަތަ އެއަށްވުރެ މަތީ ދަރަޖައެއްގެ ކުށެއް ސާބިތުވެފައިވާނަމަ، އެ މައުލޫމާތު ދޭ މީހާ އެކުރަނީ ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.
- އެނޫން ހާލަތްތަކުގައި، އެއީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
އާންމު ރައްކާތެރިކަން ބަލަހައްޓާ ފަރާތްތަކަށް ދޮގު ހަބަރު ދިނުން
523 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލު ކުރާ މީހާ، އެކުރަނީ ކުށެކެވެ:
- ތަނެއްގައި އަލިފާން ރޯވެއްޖެކަމުގެ ނުވަތަ އެހެންވެސް ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެކަމުގެ ދޮގު ހަބަރު އެނގިހުރެ ދިނުން؛ އަދި
- މީހުންގެ ފުރާނައަށް ނުވަތަ މުދަލަށް ލިބޭ ކުއްލި ނުރައްކަލުން އެ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ހަވާލުކުރެވިފައިވާ އިދާރާއަކަށް، އެނގިހުރެ އެ ދޮގު ހަބަރު ދިނުން.
(ށ) ދަރަޖަކުރުން
މި ކުށަކީ ޖުނަހްގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ.
މާނަކުރުން
524 ވަނަ މާއްދާ - މާނަކުރުން
(ހ) "ގާނޫނު ތަންފީޒުކުރާ މުވައްޒަފު" އަށް ދީފައިވަނީ މި ގާނޫނުގެ 521 ވަނަ މާއްދާގެ (ރ) ގައި ދީފައިވާ މާނަކުރުމެވެ.
(ށ) "ރަސްމީ އިދާރާ" އަށް ދީފައިވަނީ މި ގާނޫނުގެ 520 ވަނަ މާއްދާގެ (ޅ) ގައި ދީފައިވާ މާނަކުރުމެވެ.
530 ވަނަ ބާބު
ދައުލަތް ހިންގުމުގެ ދާއިރާއަށް ހުރަސްއެޅުމާއި ތަނަކުން ފިލައިގެންދިއުން
530 ވަނަ މާއްދާ - އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުން
531 ވަނަ މާއްދާ - އެކްސިޑެންޓްވުމުން އެކަމުގެ ރިޕޯޓުނުކުރުން
532 ވަނަ މާއްދާ - ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ނުވަތަ ބަންދުގައި ތިބޭ މީހުން ބެލެހެއްޓުމާ ހަވާލުވެހުރި މުވައްޒަފަކަށް ހުރަސްއެޅުން ނުވަތަ ދަތިކުރުން
533 ވަނަ މާއްދާ - ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުން
534 ވަނަ މާއްދާ - ގާނޫނީ ގޮތުން ރައްދުކުރަންޖެހޭ ށަރުއީ ލިޔުމެއް ރައްދުކުރުމަށް ހުރަސްއެޅުން
535 ވަނަ މާއްދާ - ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ މުވައްޒަފަކަށް އެހީނުވުން
536 ވަނަ މާއްދާ - ފިލައިގެން އުޅޭ މީހާއަށް އެހީތެރިވެދިނުން ނުވަތަ އޭނާ ފޮރުވައިދިނުން
537 ވަނަ މާއްދާ - ފިލުން އަދި މީހުން ބަންދުކުރާ މަރުކަޒަކަށް ރިޕޯޓުނުކުރުން
538 ވަނަ މާއްދާ - ފިލުން ހުއްދަކުރުން
539 ވަނަ މާއްދާ - މަނާކުރެވިފައިވާ އެއްޗެއް މީހުން ބަންދުކުރާ މަރުކަޒަކަށް ގެނައުން ނުވަތަ ގެނައުން ހުއްދަކުރުން؛ މީހުން ބަންދުކުރާ މަރުކަޒެއްގައި މަނާ އެއްޗެއް ގެންގުޅުން
540 ވަނަ މާއްދާ - ހެކި ދިނުމަށް ހުރި މީހަކަށް ނުވަތަ ވޯޓު ދޭން ހުރި މީހަކަށް ނުވަތަ ދައުލަތުގެ މަސައްކަތެއް ކުރުމަށް ހުރި މީހަކަށް ބިރުދެއްކުމާއި، ނުރަނގަޅު ގޮތުގައި ނުފޫޒު ފޯރުވުމާއި ދެކޮޅުހެދުން
541 ވަނަ މާއްދާ - ކޯޓަށް ހާޒިރުނުވުން
542 ވަނަ މާއްދާ - މާނަކުރުން
އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުން
530 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) މީހަކު ހައްޔަރުކުރުމަށް، ނުވަތަ މީހެއްގެ މައްޗަށް ދައުވާއެއް އުފުލުމަށް، ނުވަތަ މީހަކު ދިފާއެއް ހުށަހެޅުމަށް ހުރަސްއެޅުމުގެ މަގްސަދުގައި ނުވަތަ އެއިން ކަމެއް ހުއްޓުވުމުގެ މަގްސަދުގައި، އެނގިހުރެ އަންނަނިވި އަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ:
- މައްސަލައަކާގުޅޭ ހެކި ސާބިތުކުރުމުގެ ލިޔުމެއް ހޯދާފާނެކަމުގެ ނުވަތަ މީހަކު ހައްޔަރުކޮށްފާނެކަމުގެ މައުލޫމާތު އެ މީހަކަށް ދިނުން؛ ނުވަތަ
- ށަރީއަތަށް ހުށަހެޅިދާނެ ހެއްކެއްކަމުގައި ވިޔަސް އަދި ނުވިޔަސް މައްސަލައަކާ ގުޅުން ހުރި މާއްދީ ހެކި ނެތިކޮށްލުމާއި، ބަދަލުކުރުމާއި، ފޮރުވުމާއި، ފާހަގަނުވާނެ ގޮތް ހެދުމާއި، ދޮގު ހެކި ބެހެއްޓުމާއި، ދޮގު މައުލޫމާތު ދިނުން؛
- މައްސަލައިގެ އަސާސާ ގުޅުން ހުރި މައުލޫމާތެއް ދެވިދާނެ ހެއްކެއްގެ ގޮތުގައި ބެލެވޭ މީހަކު ގައުމު ދޫކޮށް ދިއުމަށް ނުވަތަ ފިލައިގެން އުޅުމަށް ހިތްވަރު ދިނުން؛ ނުވަތަ
- ހެކިންގެ ތެރެއިން މީހަކު ފުރިހަމަ ގޮތުގައި މިނިވަންކަމާއި، ތެދުވެރިކަމާއެކު، ހެކިބަސް ދިނުމަށް ހުރަސްއެޅުން؛ ނުވަތަ
- މައްސަލައިގެ އަސާސާގުޅޭ މައުލޫމާތު އަތުގައިހުރެ ގައުމު ދޫކޮށް ދިއުން ނުވަތަ އަމިއްލައަށް ފިލައިގެން
- ގާނޫނާ އެއްގޮތަށް މީހަކު އަމަލުކުރުމަށް ނަސޭހަތެއް ނުވަތަ އިންޒާރެއް ދިނުމަކަށް މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު މަނައެއް ނުކުރެއެވެ؛
(ށ) ދަރަޖަކުރުން
މި ކުށަކީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
އެކްސިޑެންޓްވުމުން އެކަމުގެ ރިޕޯޓުނުކުރުން
531 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ:
- އެއްގަމުގައި ނުވަތަ ކަނޑުގައި ދުއްވާ އުޅަނދެއް އެކްސިޑެންޓެއް ވުމުގައި، ހިމެނިގެންވުން؛ އަދި
- ކަމާގުޅޭ ދާއިރާތަކަށް އެ އެކްސިޑެންޓުގެ މައުލޫމާތު ނުދިނުން.
(ށ) ދަރަޖަކުރުން
- ހިނގައިދިޔަ އެކްސިޑެންޓުގައި، މީހެއްގެ ހަށިގަނޑަށް ބޮޑެތި އަނިޔާ ލިބިފައިވާނަމަ، އެ ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
- އެނޫން ހާލަތްތަކުގައި، އެ ކުށަކީ ޖުނަހްގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ.
ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ނުވަތަ ބަންދުގައި ތިބޭ މީހުން ބެލެހެއްޓުމާ ހަވާލުވެހުރި މުވައްޒަފަކަށް ހުރަސްއެޅުން ނުވަތަ ދަތިކުރުން
532 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ:
- މި މާއްދާގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މީހަކު، ރަސްމީ ހައިސިއްޔަތުން ކުރުން ހުއްދަ ކަމެއް ކުރުން ގަސްދުގައި ހުއްޓުވުން، ނުވަތަ އެކަމަށް ހުރަސްއެޅުން ނުވަތަ އެކަމެއް ކުރިއަނުދިނުން؛ އަދި
- އެއީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްކަން ނުވަތަ މީހުން ބަންދުގައި ބައިތިއްބާ ތަނެއް ބަލަހައްޓާ މުވައްޒަފެއްކަން އޭނާއަށް އެނގުން.
(ށ) މާނަކުރުން
"ބަންދުގައި މީހުން ބައިތިއްބާ ތަނެއް ބަލަހައްޓާ މުވައްޒަފު" ކަމަށް ބުނެފައި އެވަނީ:
- މީހުން ބަންދުކުރާ މަރުކަޒެއްގައި ބަންދުގައި ބައިތިއްބާފައި ތިބޭ މީހުން ކޮންޓްރޯލުކުރުމަށާއި ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ ނުވަތަ އެފަދަ މަރުކަޒެއްގެ ބެލުމުގެ ދަށުގައިވާ މީހުން ކޮންޓްރޯލުކުރުމަށާއި ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ މީހެއް ކަމުގައިވުން؛ ނުވަތަ
- ސިކުނޑީގެ ހާލަތު ސިއްހީގޮތުން ބެލުމަށްޓަކައި، ނަފުސާނީ ނުވަތަ ސިކުނޑީގެ ފަރުވާދޭ މަރުކަޒެއްގައި ތިބޭ މީހުން ނުވަތަ އެފަދަ މަރުކަޒަކަށް ފޮނުވުމަށްޓަކައި ބަންދުކޮށްފައި ތިބޭ މީހުން ކޮންޓްރޯލުކޮށް ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރެވިފައިވާ މުވައްޒަފަކަށެވެ.
(ނ) ދަރަޖަކުރުން
މިކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުން
533 ވަނަ މާއްދާ - ކުށް މާނަކުރުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލު ކުރާ މީހާ އެކުރަނީ ކުށެކެވެ:
- ތިމާއަށް އެނގިހުރެ ގާނޫނުގެ ބާރުހިންގުމަށް ނުވަތަ ދައުލަތުގެ މަސައްކަތްކުރުމަށް، އަންނަނިވި ގޮތްގޮތުން ކުރެ ގޮތަކުން، ހުރަސްއެޅުމާއި، އެކަމަށް ދަތިކުރުމާއި، އެކަމުގެ މަގްސަދު ހާސިލުވިޔަނުދިނުން؛ އަދި
- މާއްދީ ގޮތުން ހުއްޓުވައިގެން ނުވަތަ ހުރަސްތަކެއް ކުރިމަތިކުރުވައިގެން، ނުވަތަ ރަސްމީ ވާޖިބަކާ ހިލާފުވެގެން، ނުވަތަ އެނޫންވެސް ހުއްދަނޫން އަމަލެއްކޮށްގެން؛ ނުވަތަ
- ޓެކްސް ނެގުމާ ގުޅޭ ދައުލަތުގެ އިދާރާގެ މުވައްޒަފުންނަށް ނުވަތަ އާމްދަނީގެ ތަފްސީލު ހޯދުމާ ގުޅޭ މުވައްޒަފުންނަށް، ގާނޫނުގެ ދަށުން ހާމަކުރުން ލާޒިމު، އާމްދަނީގެ މައުލޫމާތާއި، ލިބޭ ފައިސާގެ މައުލޫމާތާއި، އެހެނިހެން މައުލޫމާތު ހާމަކޮށްނުދީ ހިފަހައްޓައިގެން؛ ނުވަތަ
- ދައްކަން ޖެހޭ ޓެކްސް ނުވަތަ ޑިއުޓީ ނުދައްކައިގެން.
(ށ) މާނަކުރުން
"ދައުލަތުގެ މުވައްޒަފު" ކަމަށް ބުނެފައި އެވަނީ، ދައުލަތް ހިންގުމުގެ ބާރާއި، ގާނޫނު ހެދުމުގެ ބާރާއި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު ލިބިގެންވާ ފަރާތްތަކުގެ މެންބަރުންނާއި، މިނިވަން މުވައްސަސާތަކުގެ މެންބަރުންނާއި މުވައްޒަފުން ހިމެނޭ ގޮތަށެވެ. މީގެތެރޭގައި ފަނޑިޔާރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ދައުލަތުގެ މަގާމުތަކުން އިންތިހާބުކުރެވޭ މަގާމުތަކަށް ކުރިމަތިލައިގެން ތިބި މީހުންވެސް ހިމެނެއެވެ.
(ނ) ދަރަޖަކުރުން
މި ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
ގާނޫނީ ގޮތުން ރައްދުކުރަންޖެހޭ ށަރުއީ ލިޔުމެއް ރައްދުކުރުމަށް ހުރަސްއެޅުން
534 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) މަދަނީ ނުވަތަ ޖިނާއީ މައްސަލައެއްގައި، ށަރުއީ ނުވަތަ ގާނޫނީ ލިޔުމެއް ނުވަތަ ކޯޓެއްގެ އަމުރު ރައްދުކުރުމަށް ނުވަތަ ތަންފީޒުކުރުމަށް އެނގިހުރެ ދަތިކުރުން ނުވަތަ ހުރަސްއެޅުން.
(ށ) ދަރަޖަކުރުން
މި ކުށަކީ ޖުނަހްގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ.
ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ މުވައްޒަފަކަށް އެހީނުވުން
535 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ:
- ގާނޫނު ތަންފީޒުކުރުމުގެ މުއައްސަސާއެއްގެ މުވައްޒަފެއްކަން އޭނާއަށް އެނގޭ މީހަކު، އޭނާގެ އެހީއަށް އެދުމުން؛ އަދި
- އަންނަނިވި ކަންކަން އެ މުވައްޒަފަކު ކުރުމުގައި، އެނގިހުރެ އެކަށީގެންވާ ގޮތުގައި އެހީތެރިވެނުދިނުން:
- އެ މުވައްޒަފަކު ހައްޔަރުކުރުން ހުއްދަ މީހަކު ހައްޔަރުކުރުމުގައި؛ ނުވަތަ
- ކުށެއް ކުރުން ހުއްޓުވުމުގައި.
(ށ) ދަރަޖަކުރުން
މި ކުށަކީ ޖުނަހްގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.
ފިލައިގެން އުޅޭ މީހާއަށް އެހީތެރިވެދިނުން ނުވަތަ އޭނާ ފޮރުވައިދިނުން
536 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ:
- ކުށެއް ކޮށްފައިވާ މީހަކު ހައްޔަރުކުރިއަނުދިނުމަށްޓަކައި؛ އަދި
- ކުށްކޮށްފައިވާ މީހާ ތަނެއްގައި ބަހައްޓައިދިނުން ނުވަތަ އޭނާއަށް އެހީތެރިވެދިނުން ނުވަތަ އޭނާ ފޮރުވައިދިނުން؛
- މިކުށުން ކުށްވެރިވާނީ ކުށެއް ކޮށްފައިވާ މީހާއަކީ، ތިމާގެ ފިރިމީހާ ނުވަތަ އަނބިމީހާ ނުވަތަ މަންމަ ނުވަތަ ބައްޕަ ނުވަތަ މާމަ ނުވަތަ ކާފަ ނުވަތަ ދަރިފުޅު ނުވަތަ ބޭބެ ނުވަތަ ދައްތަ ނުވަތަ ކޮއްކޮކަމުގައި ނުވާނަމައެވެ.
(ށ) ދަރަޖަކުރުން
- ކުށެއް ކޮށްފައިވާ މީހާ ކޮށްފައިވަނީ ޖިނާޔަތުގެ ކުށެއްނަމަ، އޭނާ ފޮރުވައިދިނުމާއި ފިލުމަށް އެހީތެރިވެދިނުމަކީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.
- އެނޫން ހާލަތްތަކުގައި، އެ ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
ފިލުން އަދި މީހުން ބަންދުކުރާ މަރުކަޒަކަށް ރިޕޯޓުނުކުރުން
537 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ:
- އެ މީހާއަކީ:
- ކުށެއްގެ ތުހުމަތުގައި ނުވަތަ ކުށެއް އެ މީހާގެ މައްޗަށް ސާބިތުވެގެން ޖިނާއީ ބަންދެއްގައި ހުރި މީހަކު ކަމުގައިވުން؛ ނުވަތަ
- ގާނޫނު ތަންފީޒުކުރުމުގެ މުއައްސަސާއެއްގެ މުވައްޒަފަކަށް އޮތް ގާނޫނީގޮތުން ހުއްދަ ބާރެއްގެ ދަށުން ކޮށްފައިވާ ބަންދެއްގައި ހުރި މީހަކު ކަމުގައިވުން؛ ނުވަތަ
- ސިކުނޑީގެ ހާލަތު ސިއްހީ ގޮތުން ބެލުމަށްޓަކައި، ނަފުސާނީ ނުވަތަ ސިކުނޑީގެ ފަރުވާދޭ މަރުކަޒެއްގައި ހުރި މީހަކު ކަމުގައިވުން؛ ނުވަތަ އެފަދަ މަރުކަޒަކަށް ފޮނުވުމަށްޓަކައި ކޮށްފައިވާ ބަންދެއްގައި ހުރި މީހަކު ކަމުގައިވުން؛ އަދި
- އެނގިހުރެ:
- ބަންދުކޮށްފައިވާ ތަނުން ފިލުން ނުވަތަ ޖިނާއީ ބަންދެއްގައި ހައްޔަރުކޮށްފައިވާ މަރުކަޒެއްގެ މުވައްޒަފެއްގެ ބެލުމުގެ ދަށުގައި ވަނިކޮށް ފިލުން؛ ނުވަތަ
- އޭނާ ބަންދުކޮށްފައިވާ ތަނަށް ހާޒިރުނުވުން؛ ނުވަތަ އޭނާ ޖިނާއީ ބަންދުގައި ހުރި ތަނަށް ވަކި މުއްދަތަކުން ވަކި މުއްދަތަކަށްގޮސް އަންގަންޖެހޭ މީހާއަށް ނޭންގުން؛ ނުވަތަ
- ކަނޑައެޅިފައިވާ މުއްދަތަކަށް ދޫކޮށްފައިވާ ދޫކުރުމުން އެނބުރި ނައުން، ނުވަތަ ދުވަހު މަސައްކަތަށް ދޫކޮށްފައިވާ ދޫކުރުމުން ނުވަތަ ދުވަހަކަށް ދޫކޮށްފައިވާ ދޫކުރުމުން އެނބުރި ނައުން؛ ނުވަތަ
- ޕްރޮބޭށަންގައި ނުވަތަ ގޭބަންދުގައި ހުރުމަށް ދޫކުރިއިރު ކޮށްފައިވާ ށަރުތަކާ ހިލާފުވުން.
(ށ) މާނަކުރުން
- "ޖިނާއީ ބަންދު" ކަމަށް ބުނެފައި އެވަނީ ދައުލަތުގެ ބަންދެއްގައި، އަންނަނިވި ކަންތައްތައް ހިމެނޭ ގޮތުން ހުންނަ ހުރުމަށެވެ:
- ށަރީއަތަށް ހާޒިރުކުރުމުގެ ކުރިން ޖަލުގައި ބަންދުކުރެވޭ ބަންދުކުރުން؛ ނުވަތަ ހައްޔަރުކުރުމަށްފަހު ބަންދުގައި ބެހެއްޓޭ ބެހެއްޓުން؛
- ކަނޑައެޅޭ ހުކުމެއްގެ ދަށުން ޖަލުގައި ނުވަތަ މީހުން ބަންދުކުރާ މަރުކަޒެއްގައި ބަންދުކުރެވޭ ބަންދުކުރުން؛ ނުވަތަ
- ވަކި މީހެއްގެ ބެލެހެއްޓުމުގެ ދަށުން ނުވަތަ ޕެރޯލުގެ ދަށުން ދޫކޮށްފައިވާ ދޫކުރުން؛ ނުވަތަ
- ގޭގައިބަންދުކޮށްފައި ހުންނަ ހުރުން؛ ނުވަތަ
- ޕްރޮބޭށަނަށް ދޫކޮށްފައި ހުންނަ ހުރުން.
- "މީހުން ބަންދުކުރާ މަރުކަޒު" ކަމަށް ބުނެފައި އެވަނީ އަންނަނިވި ސަބަބުތަކަށްޓަކައި މީހުން ބަންދުކޮށްފައި ބޭތިއްބުމަށް ހަދާފައިވާ ތަނަކަށެވެ:
- ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރުމަށް؛ ނުވަތަ
- ކުށެއްގެ ތުހުމަތުގައި އޭނާގެ މައްޗަށް ށަރީއަތް ކުރެވުމަށް ނުވަތަ އޭނާގެ މައްޗަށް ކުށެއް ސާބިތުވެގެން ހުކުމްކުރެވުމަށް؛ ނުވަތަ
- އަންނަނިވި ކަންކަމާ ގުޅިގެން ހައްޔަރުކޮށްފައި ބޭތިއްބުމަށް:
(ހހ) ކުށަކާ ގުޅިގެން؛ ނުވަތަ
(ށށ) ޕްރޮބޭށަނާ ހިލާފުވެގެން؛ ނުވަތަ
(ނނ) ޕެރޯލާ ހިލާފުވެގެން؛ ނުވަތަ
(ރރ) ވަކިގޮތަކަށް ބެލެހެއްޓުމަށް ކަނޑައެޅޭ ހާލަތުގައި އެގޮތާ ހިލާފުވެގެން؛ ނުވަތަ ށަރީއަތުގެ ކުރިން ބޭއްވޭ އަޑުއެހުމެއް ނުވަތަ ކަފާލާތުގެ މިންވަރު ކަނޑައެޅުމަށް އަޑުއެހުމެއް ބޭއްވުމަށް.
(ނ)
-
ދަރަޖަކުރުން: ފިލުން
މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ (ii) ގައި ބަޔާންކޮށްފައިވާ ކުށަކީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ. -
އަންގަންޖެހޭ މީހަކަށް ނޭންގުން: ފުރަތަމަ ދަރަޖަ
މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ (i) ން (iv) އަށް ބަޔާން ކޮށްފައިވާ ކުށެއް ކޮށްފިނަމަ އެކުށަކީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ. އެއީ ބަންދުގައި ހުރީ ޖިނާޔަތުގެ ކުށަކާ ގުޅިގެންކަމުގައިވާނަމައެވެ. -
އަންގަންޖެހޭ މީހަކަށް ނޭންގުން: ދެވަނަ ދަރަޖަ
އެނޫން ހާލަތްތަކުގައި އެކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
ފިލުން ހުއްދަކުރުން
538 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ:
- ބަންދުގައި ހުރި މީހާ ފިލުމަށް މަގުފަހިކޮށްދިނުން ނުވަތަ އެހީތެރިވެދިނުން؛ ނުވަތަ
- މީހުން ބަންދުކުރާ މަރުކަޒެއްގެ މުވައްޒަފަކަށްހުރެ އޭނާގެ ބެލުމުގެ ދަށުގައި ބަންދުގައި ހުރި މީހަކު ފިލުމަށް އެހީތެރިވެދިނުން.
(ށ) މާނަކުރުން
"މީހުން ބަންދުކުރާ މަރުކަޒެއްގެ މުވައްޒަފު" ކަމަށް ބުނެފައި އެވަނީ:
- މީހުން ބަންދުކުރާ މަރުކަޒެއްގެ އިންތިހާބުކޮށްފައިވާ ނުވަތަ އައްޔަންކޮށްފައިވާ އޮފިސަރަށާއި، ޓްރަސްޓީއަށާއި އެފަދަ މަރުކަޒެއްގެ މުވައްޒަފަކަށެވެ. ނުވަތަ
- އެ މީހުން ބަންދުކުރާ މަރުކަޒެއް ހިންގުން ހަވާލުކުރެވިފައިވާ އިދާރާއެއްގެ މުވައްޒަފަކަށެވެ؛ ނުވަތަ
- މީހުން ބަންދުކުރާ މަރުކަޒާއެކު ނުވަތަ މީހުން ބަންދުކުރާ މަރުކަޒުގެ ހިންގުން ހަވާލުކުރެވިފައިވާ އިދާރާއާއެކު ކުރެވޭ ކޮންޓްރެކްޓެއްގެ ދަށުން އެ ތަނަށް ހިދުމަތްތަކެއް ފޯރުކޮށްދޭ މީހުންނަށެވެ. މީގެ ތެރޭގައި އެ ތާނގައި ހައްޔަރުކޮށްފައި ތިބޭ ނުވަތަ އެތަނުގެ ބެލުމުގެ ދަށުގައި ތިބޭ މީހުން ބެލެހެއްޓުމާއި، ކޮންޓްރޯލުކުރުމާއި، ސުޕަވައިޒްކުރުމުގެ ވަޒީފާދީފައިވާ މުވައްޒަފުންވެސް ހިމެނެއެވެ.
(ނ) ދަރަޖަކުރުން: ޖިނާޔަތުގެ ކުށެއް ކޮށްފައިވާ މީހާ ފިލުމަށް އެހީވުން
- ބަންދުކޮށްފައި ހުރި މީހާ ބަންދުކޮށްފައި ހުރީ ޖިނާޔަތުގެ ކުށެއް ކޮށްގެން ކަމުގައިވާނަމަ އޭނާ ފިލުމަށް އެހީތެރިވެދިނުމުގެ ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
- އެނޫން ހާލަތްތަކުގައި އެ ކުށަކީ ޖުނަހްގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ.
މަނާކުރެވިފައިވާ އެއްޗެއް މީހުން ބަންދުކުރާ މަރުކަޒަކަށް ގެނައުން ނުވަތަ ގެނައުން ހުއްދަކުރުން؛
މީހުން ބަންދުކުރާ މަރުކަޒެއްގައި މަނާ އެއްޗެއް ގެންގުޅުން
539 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި އަންނަނިވި އަމަލުކުރާ މީހާ އެކަން ކުރަނީ ހުއްދައެއްނެތި އަދި އެނގިހުރެގެންކަމަށްވާނަމަ، އެކުރަނީ ކުށެކެވެ:
- މަނާކޮށްފައިވާ އެއްޗެއް މީހުން ބަންދުކުރާ މަރުކަޒަކަށް ގެނައުމާއި؛ ނުވަތަ
- މީހުން ބަންދުކުރާ މަރުކަޒެއްގައި ބަންދުކޮށްފައި ތިބޭ މީހުންނަށް ފަސޭހައިން އެ އެއްޗެއް ހޯދިދާނެ ހިސާބެއްގައި އެ އެއްޗެއް ބެހެއްޓުމާއި؛
- މީހުން ބަންދުކުރާ މަރުކަޒެއްގައި އެ އެއްޗެއް ގެންގުޅުން.
(ށ) މާނަކުރުން
(ށ) "މަނާކޮށްފައިވާ އެއްޗެއް" ކަމަށް ބުނެފައި އެވަނީ މީހުން ބަންދުކުރާ މަރުކަޒަކަށް ގެނެވޭ އެއްޗެހީގެ ތެރެއިން ނުވަތަ އެ މީހުން ބަންދުކުރާ މަރުކަޒުގައިވާ އެއްޗެހީގެ ތެރެއިން އަންނަނިވި އެއްޗެއްސަށެވެ:
- ބަޑި، ސްޓަން ގަން، ޓޭޒަރ ގަން؛
- ބަޑީގެ ވަޒަނާއި، ކާޓްރިޖާއި، ށެލާއި އަދި ވަޒަނުގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެހި؛
- ފަނާކުރަނިވި މާއްދާއެއް؛
- ގާނޫނެއްގެ ދަށުން ކޮންޓްރޯލް ކުރެވިފައިވާ މަސްތުވާއެއްޗެއް؛
- މަސްތުވާއެއްޗެއް ބޭނުންކުރުމަށްޓަކައި ބޭނުންކުރާ އާލާތެއް؛
- ނުރައްކާތެރި ހަތިޔާރެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެނޫންވެސް އެއްޗެއް؛
- ތަނުގެ ސަލާމަތީފިޔަވަޅުތައް ބޭކާރުކޮށްލެވޭ ފަދަ ހަތިޔާރެއް ނުވަތަ އާލާތެއް؛ އޭގެ ތެރޭގައި އަތުބިޑިއާއި، ސަލާމަތީ ގޮތުން މީހަކު ހިފެހެއްޓުމަށްޓަކައި ބޭނުންކުރާ އެއްޗެއްގެ ތަޅުދަނޑިއާއި، ތަޅު ހުޅުވުމަށް ބޭނުންކުރާ އެއްޗެއްސާއި، ބިޑީގެ ތަޅުނައްޓައިލުމަށް ބޭނުންކުރެވިދާނެ އެއްޗެއްސާއި، މީހުން ބަންދުކުރާ މަރުކަޒުގެ އެކިއެކި ގޮޅިތަކުގެ ދޮރުތަކާއި ގޭޓުތަކާއި ކޮޓަރިތަކާއި މީހުން ބަންދުކުރާ މަރުކަޒުގެ އެހެނިހެން ސަރަހައްދުތައް ހުޅުވިދާނެ ބާވަތުގެ އެއްޗެހި ހިމެނެއެވެ؛
- ކަފަންބޭނުންކުރާ ނުވަތަ ބުރިކުރެވޭ ބާވަތުގެ އާލާތް؛ އޭގެތެރޭގައި ތިލައާއި ކަޓަރާއި، ދަގަނޑު ކެނޑިދާނެ ބާވަތުގެ އެއްޗެހި ހިމެނެއެވެ؛ ނުވަތަ
- އިލެކްޓްރޯނިކް އެއްޗެހީގެ ތެރެއިން މަނާ އެއްޗެހި ކަމުގައި މީހުން ބަންދުކުރާ މަރުކަޒަކުން ކަނޑައަޅާފައިވާ އެއްޗެހި؛ އޭގެ ތެރޭގައި އިލެކްޓްރޯނިކް ރެކޯޑުކުރެވޭ އެއްޗެއްސާއި، ވީޑިއޯ ރެކޯޑުކުރެވޭ އެއްޗެއްސާއި، ސެލިއުލަރ ޓެލެފޯނާއި، ސެލިއުލަރ ޓެލެފޯނުގެ ބެޓެރީއާއި، ވީޑިއޯ ޓޭޕް ރެކޯޑަރާއި، ޕޭޖަރާއި، ކޮންޕިއުޓަރާއި، ކޮންޕިއުޓަރުގެސާމާނު ހިމެނެއެވެ؛
- ބަނގުރާގެ ބާވަތްތަކާއި؛
- އެނޫންވެސް މީހުން ބަންދުކުރާ މަރުކަޒަކަށް ހުއްދަނޫންކަމަށް ގާނޫނުގައި ނުވަތަ އެ މަރުކަޒެއްގެ އަމުރެއްގައި ކަނޑައަޅާފައިވާ އެއްޗެހި.
(ނ) ދަރަޖަކުރުން: މަނާކޮށްފައިވާ އެއްޗެހި
- މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުން (3) ވަނަ ނަންބަރަށް، މަނާކޮށްފައިވާ އެއްޗެއް މީހުން ބަންދުކުރާ މަރުކަޒަކަށް ވެއްދުމަކީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
- މި މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރުން (10) ވަނަ ނަންބަރަށް މަނާކުރެވިފައިވާ އެއްޗެއް މީހުން ބަންދުކުރާ މަރުކަޒަކަށް ވެއްދުމަކީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.
- އެނޫން ހާލަތްތަކުގައި އެ ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
- އެ ކުށް ކުރީ މީހުން ބަންދުކުރާ މަރުކަޒެއްގެ މުވައްޒަފެއް ކަމުގައިވާނަމަ އެ ކުށަށް ދޭ އަދަބު އެއް ދަރަޖަ އިތުރުވާނެއެވެ.
ހެކި ދިނުމަށް ހުރި މީހަކަށް ނުވަތަ ވޯޓު ދޭން ހުރި މީހަކަށް ނުވަތަ ދައުލަތުގެ މަސައްކަތެއް ކުރުމަށް ހުރި މީހަކަށް ބިރުދެއްކުމާއި، ނުރަނގަޅު ގޮތުގައި ނުފޫޒު ފޯރުވުމާއި ދެކޮޅުހެދުން
540 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ:
- އަންނަނިވި ހާލަތްތަކުގައި:
- މީހަކު މިނިވަންކަމާއި، ތެދުވެރިކަމާއެކު ށަރުއީ މަޖިލީހެއްގައި ހެކި ދިނުމަށް ހުރަސްއެޅުމުގެ މަގްސަދުގައި؛ ނުވަތަ
- ހެކި ދިނުމަށް ހުރި މީހަކަށް ނުވަތަ ވޯޓު ދިނުމަށް ހުރި މީހަކަށް ނުވަތަ ވޭތުވެދިޔަ ތަނުގައި، ނުވަތަ މިހާރު، ނުވަތަ ކުރިއަށް އޮތް ތަނުގައި ހެކި ދީފާނެ، ނުވަތަ ވޯޓް ދީފާނެ، ނުވަތަ އެމީހެއްގެ އާންމު ވާޖިބެއް އަދާކުރުމުގައި ކޮށްފައިވާ ކަމެއް ނުވަތަ ނުކޮށް ދޫކޮށްލާފައިވާ ކަމަކާ ގުޅިގެން މީހަކަށް ގޯނާކުރުމާއި، ބިރުދެއްކުމާއި، ނުފޫޒު ފޯރުވުމާއި އުދަނގޫ ފޯރުވުމުގެ މަގްސަދުގައި؛
- އޭނާ:
- މީހެއްގެ ހަށިގަނޑަށް ބޮޑެތި އަނިޔާ ލިބިދާ ފަދަ ކުށެއް، ނުވަތަ ގާނޫނާ ހިލާފުވާ ގޮތަކަށް އޭނާ ތަނެއްގައި ހިފެހެއްޓޭ ބާވަތުގެ ކުށެއް، ނުވަތަ އެހެން މީހެއްގެ މުދަލަށް ބޮޑެތި ގެއްލުން ލިބިދާނެ ފަދަ ކަމެއް ކުރުން ނުވަތަ އެއިން ކަމެއް ކޮށްފާނެކަމުގެ ބިރުދެއްކުން؛ ނުވަތަ
- އެނޫންވެސް ކުށެއް ކުރުން ނުވަތަ ކޮށްފާނެކަމުގެ ބިރުދެއްކުން؛ ނުވަތަ
- ގާނޫނީ ގޮތުން ހުއްދަކޮށްފައިނުވާ މަންފާއެއް ދިނުމަށް ހުށަހެޅުން ނުވަތަ ދިނުން؛ ނުވަތަ
- ގާނޫނުގައި މަނާކޮށްފައިވާ ސީދާ ނުވަތަ ނުސީދާ ގޮތުން ނަމަވެސް އެއިން މީހަކާ މުއާމަލާތެއް ކުރުން.
(ށ) ދަރަޖަކުރުން
- މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ (i) ން (iii) އަށް ބަޔާންކޮށްފައިވާ ކުށެއް ކޮށްފިނަމަ، އެ ކުށަކީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.
- އެނޫން ހާލަތްތަކުގައި، އެ ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
ކޯޓަށް ހާޒިރުނުވުން
541 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލު ކުރާ މީހާ އެކުރަނީ ކުށެކެވެ:
- ކޯޓަށް ހާޒިރުވުމަށް އެންގުމުން ކޯޓަށް ހާޒިރުވާ ގޮތަށް، ނުވަތަ މީހަކުދޭ ޔަގީންކަމެއްގެ މައްޗަށް، ކަފާލާތުގައި ބަންދުން ދޫކުރެވިފައިވަނިކޮށް:
- ކޯޓަށް ހާޒިރުވުމަށް އަންގާފައިވާ ދުވަހު ހާޒިރުނުވުން؛ ނުވަތަ
- އޭނާ ބަންދުން ދޫކޮށްފައިވާ ށަރުތުތަކުގެ ތެރެއިން ށަރުތަކާ ހިލާފުވުން؛ އަދި
- ޖިނާއީ މައްސަލައެއްގައި ދައުވާ ރައްދުވާ މީހެއްގެ ގޮތުގައި ކޯޓަށް ހާޒިރުވުމަށް އަމުރުކޮށްފައިވަނިކޮށް ނުވަތަ ލިޔުމެއް ނުވަތަ އެހެނިހެން ތަކެތި ހުށަހެޅުމަށް އަންގާފައިވަނިކޮށް، އެ އަމުރުކޮށްފައިވާ ގޮތަށް އަމަލުނުކުރުން.
(ށ) ދަރަޖަކުރުން
މި ކުށަކީ އޭނާ ބަންދުކޮށްފައި ހުރި ކުށުގެ ދަރަޖައަށް ވުރެ އެއް ދަރަޖަ ތިރީގައިވާ ކުށެކެވެ. ނަމަވެސް، މި ކުށް، ޖުނަހްގެ 2 ވަނަ ދަރަޖައިގެ ކުށަކަށް ވުރެ ދަރަޖަ މައްޗެއް ނުވާނެއެވެ.
މާނަކުރުން
542 ވަނަ މާއްދާ - މާނަކުރުން
(ހ) "ހަށިގަނޑަށް ލިބޭ އަނިޔާ" އަށް ދީފައިވަނީ މި ގާނޫނުގެ 17 ވަނަ މާއްދާގެ (7) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ށ) "ފަނާކުރަނިވި މާއްދާ" އަށް ދީފައިވަނީ މި ގާނޫނުގެ 121 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ނ) "މީހުން ބަންދުކުރާ މަރުކަޒެއްގެ މުވައްޒަފު" އަށް ދީފައިވަނީ މި ގާނޫނުގެ 538 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
(ރ) "މީހުން ބަންދުކުރާ މަރުކަޒު" އަށް ދީފައިވަނީ މި ގާނޫނުގެ 537 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ބ) "ބަންދުގައި މީހުން ބައިތިއްބާ ތަނެއް ބަލަހައްޓާ މުވައްޒަފު" އަށް ދީފައިވަނީ މި ގާނޫނުގެ 532 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
(ޅ) "ނުރައްކާތެރި ހަތިޔާރު" އަށް ދީފައިވަނީ މި ގާނޫނުގެ 120 ވަނަ މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ކ) "ބަޑި" އަށް ދީފައިވަނީ މި ގާނޫނުގެ 710 ވަނަ މާއްދާގެ (ރ) ގެ (4) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(އ) "ދައުލަތުގެ މުވައްޒަފު" އަށް ދީފައިވަނީ މި ގާނޫނުގެ 533 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
(ވ) "މަނާކޮށްފައިވާ އެއްޗެހި" އަށް ދީފައިވަނީ މި ގާނޫނުގެ 539 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
(މ) "ގާނޫނު ތަންފީޒުކުރާ މުވައްޒަފު" އަށް ދީފައިވަނީ މި ގާނޫނުގެ 521 ވަނަ މާއްދާގެ (ރ) ގައި ދީފައިވާ މާނަކުރުމެވެ.
(ފ) "ޖިނާއީ ބަންދު" އަށް ދީފައިވަނީ މި ގާނޫނުގެ 537 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ދ) "މުދާ" އަށް ދީފައިވަނީ މި ގާނޫނުގެ 17 ވަނަ މާއްދާގެ (82) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
610 ވަނަ ބާބު
އަމަންއާންމާއި، ރައްކާތެރިކަމާއި، އަހްލާގީ މިންގަނޑުތަކާ ގުޅޭ ކުށް
އަމަންއާންމާއި ރައްކާތެރިކަމުގެ ކުށް
610 ވަނަ މާއްދާ - ރަޔަޓްކުރުމާއި ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލުން
611 ވަނަ މާއްދާ - ކުލީސިފައިން ހޯދުން
612 ވަނަ މާއްދާ - ގަޒުފުގެ ކުށް
613 ވަނަ މާއްދާ - ވަކި ގަވާއިދަކުން ހިންގަންޖެހޭ ވިޔަފާރިއެއް ހުއްދަނެތި ހިންގުމާއި، ލައިސަންސްނެތި އިމްޕޯޓުކުރުމާއި، ހުއްދަނަގަންޖެހޭ ކަމެއް، ހުއްދަނުނަގައި ކުރުން
614 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ވަނުން
615 ވަނަ މާއްދާ - އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލުކުރުން
616 ވަނަ މާއްދާ - ރަމަޒާންމަހު ރޯދަނުހިފުމާއި ބަނގުރާ ބުއިމާއި އޫރުމަސް ކެއުން
617 ވަނަ މާއްދާ - އިސްލާމްދީނާ އިދިކޮޅު އަމަލުތައް
618 ވަނަ މާއްދާ - އެހީތެރިވެދިނުމުގެ ވާޖިބު
619 ވަނަ މާއްދާ - މާނަކުރުން
ރަޔަޓްކުރުމާއި ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލުން
610 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) ރަޔަޓްކުރުމާއި ނުވަތަ ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމަށް ހިތްވަރު ދޭ މީހާއާއި، އެއިން ކަމަކަށް އެހީތެރިވެދޭ މީހާއާއި، އެއިން ކަމެއް ކުރާ މީހާ، އެކުރަނީ ކުށެކެވެ.
(ށ) އިސްތިސްނާ
ސުލްހަވެރި އެއްވުމެއްގައި ބައިވެރިވާ މީހާ އެކުރަނީ ކުށެއް ނޫނެވެ.
(ނ) ދަރަޖަކުރުން: ބަގާވާތްކުރުމަށް ހިތްވަރު ދިނުން
- ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމުގެ ބޭނުމުގައި 5 މީހުންނަށް ނުވަތަ އެއަށްވުރެ ގިނަ ބަޔަކަށް ހިތްވަރު ދޭ ނުވަތަ އަމުރުކުރާ ނުވަތަ އިރުށާދު ދޭ، ނުވަތަ ހަދަންވީގޮތް ބަޔާންކޮށްދޭ މީހާ އެކުރަނީ ޖިނާޔަތުގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ.
-
ރަޔަޓްކުރުމަށް ހިތްވަރު ދިނުން
ރަޔަޓްކުރުމަށް އަންނަނިވި މީހުންނަށް ހިތްވަރުދޭ ނުވަތަ އަމުރުކުރާ ނުވަތަ އިރުށާދު ދޭ ނުވަތަ ހަދަންވީގޮތް ބަޔާންކޮށްދޭ މީހާ އެކުރަނީ ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.- ފަހެއް (5) މީހުންނަށް ނުވަތަ އެއަށްވުރެ ގިނަ ބަޔަކަށް؛ ނުވަތަ
- ދިވެހިރާއްޖޭގެ ސިފައިންގެ ބަޔަކަށް.
-
ބައާވާތެއްގައި ބައިވެރިވުން
ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމުގައި މީހަކު ބައިވެރިވެއްޖެނަމަ އެ މީހަކު އެކުރަނީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ. -
ރަޔަޓްކުރުމުގައި ބައިވެރިވުން
އެނޫން ހާލަތެއްގައި އެކުރަނީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.
(ރ) އަދަބު ކަނޑައެޅުމުގައި ބަލާ ނުކުތާ
- މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައާއި، (ނ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަމަލު މީހަކު ކުރާއިރު އެ މީހާއަކީ ބަގާވާތެއްގައި ނުވަތަ ރަޔަޓެއްގައި އިސްކޮށް ހަރަކާތްތެރިވި މީހެއްކަމުގައިވާނަމަ، ކުށުގެ ހުކުމް ކަނޑައެޅުމުގެ މިންގަނޑުތަކުން އެންމެ އަސާސީ މިންގަނޑަށްވުރެ އޭނާގެ ކުށުގެ އަދަބު އެއް ދަރަޖަ އިތުރު ވާނެއެވެ.
- ރަޔަޓެއް ނުވަތަ ބަގާވާތެއް ކުރުމުގައި، މި މާއްދާގައި ބަޔާންކޮށްފައިވާ ކުށެއް މީހަކުކުރާނަމަ، އަދި އޭނާ އެތަނަށް އައުމުގެ ކުރީގައި، އެކަން ހިނގާނެކަން ނުވަތަ ހިނގައިފާނެކަން އޭނާއަށް ގަބޫލުކުރެވޭކަމަށްވާނަމަ، ކުށުގެ ހުކުމް ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ، އޭނާގެ ކުށުގެ އަދަބު އެއް ދަރަޖަ އިތުރު ވާނެއެވެ.
ކުލީސިފައިން ހޯދުން
611 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) ކުލީސިފައިން ހޯދާނަމަ ނުވަތަ ބޭނުންކުރާނަމަ ނުވަތަ އެ މީހުންނަށް މާލީ ގޮތުން އެހީތެރިވާނަމަ ނުވަތަ އެ މީހުން ތަމްރީނުކުރުވާނަމަ، އެކަން ކުރާ މީހާ، އެކުރަނީ ކުށެކެވެ.
(ށ) މާނަކުރުން
"ކުލީސިފައިން" ގެ މީހެއްކަމަށް ބުނެފައި އެވަނީ:
- ހަމަނުޖެހުންތަކުގައި ނުވަތަ ސަރުކާރު ވައްޓާލުމުގައި ބާރުގެ ބޭނުންކުރުމަށް ނުވަތަ ސަރުކާރުގެ ގާނޫނީ ހައިސިއްޔަތު ވައްޓާލުމަށް މަސައްކަތްކުރުމަށް ހާއްސަ ގޮތުގައި ތަމްރީނުކުރެވިފައިވާ މީހާއަށް؛ އަދި
- އެފަދަ ހަމަނުޖެހުންތަކުގައި އެގޮތަށް މަސައްކަތްކުރުމުން އެއިން އޭނާއަށް އަމިއްލަ މަންފާއެއް ކުރާތީ އެކަމުގެ ށައުގުވެރިކަން އޮތް، އަދި މަގާމުގެ ނުވަތަ ފެންވަރުގެ ރަސްމީ ހައިސިއްޔަތުން މަސައްކަތްކުރާ ސިފައިންނަށްވުރެ އިތުރު މާއްދީ މަންފާތައް ލިބޭނެކަމުގެ އުންމީދު އޮތް މީހާއަށް؛ އަދި
- ހަމަނުޖެހުން އުފެދިގެން އުޅޭ ގައުމުގެ ރައްޔިތަކަށް ނުވާ އަދި މައްސަލަ އުފެދިގެންއުޅޭ މީހުން ނިސްބަތްވާ ގައުމުގެ ރައްޔިތަކަށްވެސް ނުވާ މީހާއަށް؛ އަދި
- ހަމަނުޖެހުމުގައި ބައިވެރިވާ ދެފަރާތުންކުރެ ފަރާތެއްގެ ސިފައިންގެ މީހަކަށް ނުވުމާއި؛
- އޭނާ ފޮނުވައިފައިވަނީ ހަމަނުޖެހުމުގައި ބައިވެރިވާ ދެ ފަރާތުންކުރެ ފަރާތަކަށް ނުވާ ގައުމަކުންކަމުގައިވުން.
(ނ) ދަރަޖަކުރުން
މި ކުށަކީ ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.
ގަޒުފުގެ ކުށް
612 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ.
- މި ގާނޫނުގެ 411 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޒިނޭގެ ކުށް މީހަކު ކޮށްފިކަމަށް ނުވަތަ ކުރަމުން ދާކަމަށް ދޮގު ތުހުމަތެއްކުރުން.
(ށ) ދަރަޖަކުރުން
- މި ކުށަކީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
-
އިތުރު އަދަބު ހުއްދަކުރުން
މި ގާނޫނުގެ 90 ވަނަ ބާބުގެ ދަށުން ހުއްދަކޮށްފައިވާ އަދަބުގެ އިތުރަށް 80 އެތިފަހަރުން ޖަލްދުކުރުމުގެ އަދަބު މި ގާނޫނުގެ 411 ވަނަ މާއްދާގެ (ޅ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މި ކުށަށް ހުއްދަކުރެވިގެންވެއެވެ.
ވަކި ގަވާއިދަކުން ހިންގަންޖެހޭ ވިޔަފާރިއެއް ހުއްދަނެތި ހިންގުމާއި، ލައިސަންސްނެތި އިމްޕޯޓުކުރުމާއި، ހުއްދަނަގަންޖެހޭ ކަމެއް، ހުއްދަނުނަގައި ކުރުން
613 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލު ކުރާ މީހާ އެކުރަނީ ކުށެކެވެ.
- ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ހޯދަންޖެހޭ ހުއްދަ ނުވަތަ ލައިސަންސް ހޯދުމަކާ ނުލައި؛ އަދި
- ގާނޫނުގައި ވަކިގޮތަކަށް ކަނޑައަޅާފައިވާ ވިޔަފާރިއެއް ކުރުމާއި، ރާއްޖެއަށް އެއްޗެހި އިމްޕޯޓުކުރުން.
(ށ) ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ހޯދަންޖެހޭ ހުއްދައެއް ހޯދައިގެން މެނުވީ ކުރުން ހުއްދަނޫންކަމެއް، އެފަރާތުގެ ހުއްދަ ހޯދުމަކާ ނުލައި ކުރާ މީހާ އެކުރަނީ ކުށެކެވެ.
(ނ) ދަރަޖަކުރުން: ނުރައްކާތެރި އެއްޗެހި އިމްޕޯޓުކުރުން
- މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށް ކުރުމުގައި، މީހަކު ރާއްޖެއަށް އެތެރެކުރަނީ ބަޑިއެއް، ނުވަތަ ފަނާކުރަނިވި މާއްދާއެއް ކަމުގައިވާނަމަ އޭނާ އެކުރަނީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.
- ބަނގުރަލާއި އޫރުމަހުގެ ވިޔަފާރި
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މީހަކު ވިޔަފާރި ކުރުމުގެތެރޭގައި ނުވަތަ އެއްޗެހި އިމްޕޯޓުކުރުމުގެ ތެރޭގައި ބަނގުރާ ނުވަތަ އޫރުމަސް އުފައްދާނަމަ ނުވަތަ އޭގެ ވިޔަފާރިކުރާނަމަ، ނުވަތަ އެ ބަހާނަމަ، އޭނާ އެކުރަނީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ. -
ހުއްދަނެތި ކުރެވޭ ވިޔަފާރި
އެނޫން ހާލަތްތަކުގައި، ހުއްދަނެތި ކުރާ ވިޔަފާރިއަކީ ޖުނަހްގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ. -
ހުއްދަނަގަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުން
މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކުށަކީ ޖުނަހްގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ.
ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ވަނުން
614 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) ހުއްދަ ހޯދުމަކާނުލައި، ނުވަތަ ލައިސަންސެއް ނެތި، ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ވަންނަ މީހާ އެކުރަނީ ކުށެކެވެ.
(ށ) ދަރަޖަކުރުން
- ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ވަންނަ މީހާ އެ ސަރަހައްދަށް ވަންނަނީ ހުއްދައެއް ނުވަތަ ލައިސަންސެއް ނެތި، މަސް ބޭނުމުގެ މަގްސަދުގައި ކަމަށްވާނަމަ، އޭނާ އެކުރާ ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
- އެނޫން ހާލަތްތަކުގައި އެ ކުށަކީ ޖުނަހްގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ.
(ނ) މާނަކުރުން
"ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދާ އިންވެގެން އޮންނަ އަދި ކަނޑުގެ ސަރަހައްދު ގުނަން ފަށާ ހިސާބުން ފެށިގެން 200 ނޯޓިކަލް މޭލާ ހަމައަށް އެ ފުޅާމިނުގައި އޮންނަ ކަނޑުގެ ސަރަހައްދަށެވެ. އަދި އެ ސަރަހައްދުގެ ތެރޭގައިވާ ދިރުންހުރި އެއްޗެއްސާއި ދިރުންނެތް އެއްޗެއްސާއި އިގްތިސާދީ ވަސީލަތްތަކާއި ކަނޑާ ގުޅުންހުރި އެކިއެކި ސައިންޓިފިކް ތަހްލީލުތައް ކުރުމާއި ޕޮލިއުށަން ހިފެހެއްޓުމާއި މި ކަންކަން ކުރުމުގެ ބާރު ދިވެހިރާއްޖެއަށް ލިބިގެންވާ ސަރަހައްދަށެވެ.
އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލުކުރުން
615 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އާންމު ތަނެއްގައި ހުރި އެއްވެސް މީހަކު، އެ މީހެއްގެ އަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން، ނުވަތަ އުނދަގޫވާނެކަން، ނުވަތަ ބިރު ހީވާނެކަން އެނގިހުރެ އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް ކުރާނަމަ އެކުރަނީ ކުށެކެވެ.
- މާރާމާރީއާއި، ތަޅާފޮޅުމާއި، ހަރުކަށިކޮށް ނުވަތަ ބިރު އުފެދޭ ގޮތަށް އުޅުން؛ ނުވަތަ
- އެކަށީގެން ނުވާ ވަރަށް އަޑުގަދަކުރުން؛ ނުވަތަ
- ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމާއި ހަޑިހުތުރު އަމަލުތައްކުރުން؛ ނުވަތަ
- އާންމު ތަނެއްގައި ނުވަތަ ތަންތަނުގައި، ކަނޑައެޅިގެން ވަކި މީހެއްގެ ފަހަތުން ދިއުން؛ ނުވަތަ
- ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުން؛ ނުވަތަ
- ޖާއިޒު މަގްސަދެއް ހާސިލު ނުވާނެ އަމަލަކުން ނުރައްކާތެރި، ނުވަތަ މާއްދީގޮތުން ހުތުރު، ނުވަތަ މީހުން ބިރުގަންނަފަދަ ހާލަތެއް އުފެއްދުން.
(ށ) ދަރަޖަކުރުން
މި ކުށަކީ ޖުނަހްގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.
ރަމަޒާންމަހު ރޯދަނުހިފުމާއި ބަނގުރާ ބުއިމާއި އޫރުމަސް ކެއުން
616 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) ދިވެހިރައްޔިތަކު އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް، އަންނަނިވި ގޮތުގެމަތިން ކޮށްފިނަމަ، އެކަންކުރާ މީހާ އެކުރަނީ ކުށެކެވެ.
- ގަބޫލުކުރެވޭ ފަދަ، ދީނީ ނުވަތަ ސިއްހީ ނުވަތަ ސިއްހަތާ ގުޅުން ހުރި ސަބަބެއްނެތި ރަމަޒާންމަހު، ރޯދަނުހިފުމާއި، ރޯދައަށްހުރެ ރޯދަ ދޫކޮށްލުން؛ ނުވަތަ
- އޫރުމަސް ނުވަތަ އޫރުމަސް ބޭނުންކޮށްގެން އުފައްދާފައިވާ ތަކެތި ކެއުން؛ ނުވަތަ
- ބަނގުރާ ބުއިން.
(ށ) ދަރަޖަކުރުން
- މިކުށަކީ ޖުނަހްގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.
- މި ގާނޫނުގެ 90 ވަނަ ބާބުގެ ދަށުން ހުއްދަކޮށްފައިވާ އަދަބުގެ އިތުރަށް 40 އެތިފަހަރުން ޖަލްދުކުރުމުގެ އަދަބު މި ގާނޫނުގެ 411 ވަނަ މާއްދާގެ (ޅ) ގެ (3) ވަނަ ނަންބަރުގައި ހުއްދަކޮށްފައިވާ ގޮތުގެމަތިން، މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ (ii) ގައިވާ ކުށަށް، ހުއްދަކުރެވިގެންވެއެވެ.
އިސްލާމްދީނާ އިދިކޮޅު އަމަލުތައް
617 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އެއްވެސް މީހަކު އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް ކުރާނަމަ އެ މީހާ އެކުރަނީ ކުށެކެވެ:
- މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އާންމުންގެ ކުރިމަތީގައި، އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔައި، ދީނީ ތަގްރީރުކުރުން؛ ނުވަތަ
- އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔައި، އެކިއެކި ލިޔުންތައް ތައްޔާރުކުރުމާއި، ބެހުމާއި، ވިއްކުމާއި، އުފެއްދުން؛ ނުވަތަ
- ދިވެހިރާއްޖޭގައި އޮރިޔާން ކާޑު އުފެއްދުން ނުވަތަ އަތުގައި ބެހެއްޓުން ނުވަތަ ގެންގުޅުން، ނުވަތަ ދިނުން ނުވަތަ ވިއްކުން ނުވަތަ ފެތުރުން ނުވަތަ ދިވެހިރާއްޖެއަށް ގެނައުން؛ ނުވަތަ
- އަޅުކަންކުރަން ގެންގުޅޭ ބުދު ދިވެހިރާއްޖޭގައި އުފެއްދުން ނުވަތަ އަތުގައި ބެހެއްޓުން ނުވަތަ ގެންގުޅުން، ނުވަތަ ދިނުން ނުވަތަ ވިއްކުން ނުވަތަ ފެތުރުން ނުވަތަ ދިވެހިރާއްޖެއަށް ގެނައުން؛ ނުވަތަ
- ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމާއި، މީހުންގެ މެދުގައި ދީނީގޮތުން ބައިބައިވުން އުފެދޭ ބާވަތުގެ ވާހަކަ ދެއްކުމާއި، އެފަދަ ގޮތްގޮތަށް އަމަލުކުރުން.
(ށ) ދަރަޖަކުރުން
މި ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
އެހީތެރިވެދިނުމުގެ ވާޖިބު
618 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ.
-
- ކުރިމަތިވެދާނެކަން އެނގޭ ނުރައްކަލެއްގެ އިންޒާރު، އެކަށީގެންވާ ސަބަބެއްނެތި ނުރައްކަލެއްގައިވާ މީހާއަށް ނުދިނުން؛ ނުވަތަ
- އެހީއަށް ބޭނުންވެފައިވާ މީހާއަށް، އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށްނުދިނުން؛ ނުވަތަ
- އޭނާއަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ހާލަތެއްގައި ހުރުމާއި އަދި އިންޒާރު ދެވިދާނެ ހާލަތެއްގައި ހުރުން؛ އަދި
- އޭނާއަށް ނުވަތަ އެހެން މީހަކަށް ވިޔަސް އެއްވެސް ބާވަތެއްގެ މާއްދީ ނުރައްކަލެއް ނުވާނެފަދައަކުން އެހީތެރިކަން ފޯރުވައިދެވިދާނެ ނުވަތަ އިންޒާރުދެވިދާނެފަދަ ހާލަތެއްގައި ހުރުން؛ އަދި
- ގާނޫނުން ނުވަތަ އެއްބަސްވުމެއްގެ ދަށުން އޭނާގެ މައްޗަށް ލާޒިމުކޮށްފައިވާ އެއަށްވުރެ މަތީ ވާޖިބެއް ދޫކޮށްލަންނުޖެހި އިންޒާރުދެވެން އޮތުން ނުވަތަ އެހީތެރިވެދެވެން އޮތުން.
(ށ) ނުރައްކަލުގައިވާ މީހާ ނުވަތަ އެހީއަށް ބޭނުންވެފައިވާ މީހާ
- މި ގާނޫނުގެ ބޭނުމަށްޓަކައި "ނުރައްކަލުގައިވާ މީހާ" ކަމަށް ބުނެފައި އެވަނީ:
- އެމީހާގެ ހަށިގަނޑަށް ލިބޭ އަނިޔާއެއްގެ ސަބަބުން ނުވަތަ ޖެހޭ ބައްޔެއްގެ ސަބަބުން ނުވަތަ ގުދުރަތީ ހާދިސާއެއްގެ ސަބަބުން ނުރައްކަލާ ކުރިމަތިލާން ޖެހިފައިވާ
- އަނިޔާވެރި ކުށަކާ ކުރިމަތިލާންޖެހިފައިވާ މީހާއަށް؛
- "އެހީއަށް ބޭނުންވެފައިވާ މީހާ" ކަމަށްބުނެފައި އެވަނީ:
- ލިބޭ އަނިޔާއަކުން ނުވަތަ ޖެހޭ ބައްޔަކުން ނުވަތަ ގުދުރަތީ ހާދިސާއެއްގެ ސަބަބުން ހަށިގަނޑަށް ގެއްލުން ލިބިފައިވާ މީހާއަށް؛ ނުވަތަ
- އަނިޔާވެރި ކުށެއްގެ ށިކާރައަކަށް ވެފައިވާ މީހާއަށެވެ.
(ނ) މަދަނީ ބަދަލު ދިނުމުން އިމްތިޔާޒު ލިބިގެންވުން
މި މާއްދާގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭ މީހާ ނުވަތަ އިންޒާރުދޭ މީހާކުރާ އަމަލެއްގެ ސަބަބުން ލިބޭ ގެއްލުމަށް ބަދަލު ދިނުމުން އޭނާއަށް އިމްތިޔާޒު ލިބިގެންވާނެއެވެ. އެއީ އޭނާ އެކުރާ އަމަލުކުރީ ހެޔޮނިޔަތުގައިކަމަށްވުމާއި، އެކަންކުރުމަށް އޮތް އެކަށޭނަ މިންގަނޑުތަކުގެ ތެރޭގައި ކަމަށްވުމާއި، އަދި އެހީތެރިކަން ފޯރުކޮށްދިނުމާއި އަޅާލުމުގެ ވާޖިބު އަދާކުރުމަށް އޮންނަ މިންގަނޑުތަކުގެ ތެރޭގައިކަމަށްވާނަމައެވެ.
(ރ) އެހެންގޮތަކަށް ސާބިތުނުވާހާހިނދަކު ވަކި ގޮތަކަށް ގަބޫލުކުރުން
އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު އަންނަނިވި އަމަލުތައް މީހެއްގެ ފަރާތުން ފެނިފައިވާނަމަ އެހީތެރިކަމަށް ބޭނުންވެފައިވާ މީހަކަށް އެހީތެރިކަން ފޯރުކޮށްނުދިންކަމަށް، ފަނޑިޔާރު ގަބޫލުކުރަންވާނެއެވެ.
- މަސައްކަތްކުރާ ޓެލެފޯނެއް ނުވަތަ ރޭޑިޔޯއެއް އޭނާގެ ކޮންޓްރޯލުގައި އޮވެ، ނުވަތަ އެއިން އެއްޗެއް އޭނާއަށް ލިބޭ ހިސާބުގައިވާކަން އެނގިހުރެ؛
- އެހީތެރިކަމަށް ބޭނުންވެފައިވާ މީހާއަށް އެހީތެރިވުމަށްޓަކައި ސިއްހީ މަސައްކަތްތެރިންނަށް ނުވަތަ ގާނޫނު ތަންފީޒުކުރާ އިދާރާގެ މީހުންނަށް އަންގާފައިވާކަމަށް ގަބޫލުކުރާނެ ސަބަބެއް ނެތި؛
- އެ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ގޮތުން ސިއްހީ މަސައްކަތްތެރިންނަށް ނުވަތަ ގާނޫނު ތަންފީޒުކުރާ އިދާރާއަށް އެކަން އަންގާފައިނުވުން.
(ބ) ދަރަޖަކުރުން
މި ކުށަކީ ޖުނަހްގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.
މާނަކުރުން
619 ވަނަ މާއްދާ - މާނަކުރުން
(ހ) "ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު" އަށް ދީފައިވަނީ މި ގާނޫނުގެ 614 ވަނަ މާއްދާގެ (ނ) ގައި ދީފައިވާ މާނަކުރުމެވެ.
(ށ) "ކުލީސިފައިން" އަށް ދީފައިވަނީ މި ގާނޫނުގެ 611 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
(ނ) "ޖިންސީ އަމަލު" އަށް ދީފައިވަނީ މި ގާނޫނުގެ 131 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
620 ވަނަ ބާބު
އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލު ހިންގުމުގެ ކުށް
620 ވަނަ މާއްދާ - ހަށިވިއްކުން
621 ވަނަ މާއްދާ - ހަށިވިއްކުމަށް އެހީތެރިވެދިނުމާއި ހިތްވަރު ދިނުން
622 ވަނަ މާއްދާ - ހަޑިހުތުރު ލިޔުމާއި، ތަކެތި އުފެއްދުމާއި، ބެހުން
623 ވަނަ މާއްދާ - މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުން
624 ވަނަ މާއްދާ - އިންސާނާގެ ހަށިގަނޑުގެ ބައިތައް ވިއްކުން
625 ވަނަ މާއްދާ - ޖަނަވާރަށް އަނިޔާވެރި އަމަލުކުރުން
626 ވަނަ މާއްދާ - މާނަކުރުން
ހަށިވިއްކުން
620 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) ފައިސާ ނުވަތަ އަގުހުރި އެއްޗެއްގެ މުގާބިލުގައި، ތިމާގެ އަނބިމީހާ ނުވަތަ ފިރިމީހާ ނޫން މީހަކާއެކު ޒިނޭކޮށްފިނަމަ ނުވަތަ ޖިންސީ މުއާމަލާތެއް ހިންގައިފިކަމަށް ވާނަމަ، އެ އަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ.
(ށ) ދަރަޖަކުރުން
މި ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
ހަށިވިއްކުމަށް އެހީތެރިވެދިނުމާއި ހިތްވަރު ދިނުން
621 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) ފައިސާ ނުވަތަ އަގު ހުރި އެއްޗެއްގެ މުގާބިލުގައި، އަންނަނިވި އަމަލު ކުރާ މީހާ އެކުރަނީ ކުށެކެވެ.
- ހަށިވިއްކުމުގެ އަމަލެއް ނުވަތަ އަމަލުތަކެއް ކުރުމަށް މީހަކަށް މަޖުބޫރުކުރުން؛ ނުވަތަ
- ހަށިވިއްކުމުގެ އަމަލެއް ނުވަތަ އަމަލުތަކެއް ހިންގުމަށް ހިތްވަރު ދިނުމާއި އެކަން ހަމަޖައްސައިދިނުމާއި އެނޫންގޮތަކަށްވެސް އެކަމަށް މަގުފަހިކޮށްދިނުން؛ ނުވަތަ
- އޭނާގެ ބާރުގެ ދަށުގައިވާ ތަނެއް، ހަށިވިއްކުމުގެ އަމަލެއް ނުވަތަ އަމަލުތަކެއް ހިންގުމަށް ބޭނުންކުރުމުގެ ހުއްދަ ދިނުން.
(ށ) ދަރަޖަކުރުން
- ހަށިވިއްކުމުގެ އަމަލު ހިންގުމަށް ކުޑަކުއްޖަކަށް ހިތްވަރުދޭނަމަ ނުވަތަ އެހީތެރިވާނަމަ އެކުރަނީ ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ
- އެނޫން ހާލަތްތަކުގައި އެއީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
ހަޑިހުތުރު ލިޔުމާއި، ތަކެތި އުފެއްދުމާއި، ބެހުން
622 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އެއްޗެއްގެ ހަޑިހުތުރުކަން އެނގިހުރެ، ނުވަތަ އޭގައިވާ އެއްޗަކީ ހަޑިހުތުރު އެއްޗެއްކަން އެނގިހުރެ، އަންނަނިވި އަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ.
- ހަޑިހުތުރު އެއްޗެހި ހިމެނޭ ފޮޓޯއާއި، ލިޔުމާއި، މަންޒަރާއި، ރެކޯޑާއި އަދި އެނޫންވެސް ހަޑިހުތުރު ސިފަ ހާމަކޮށްދޭ ނުވަތަ ދައްކުވައިދޭ އެއްޗެހި ވިއްކުމާއި ރައްދުކުރުމާއި ދިނުން؛ ނުވަތަ
- ހަޑިހުތުރު މަންޒަރުތައް ހިމެނޭ ތަމްސީލެއް، ސްޓޭޖްށޯއެއް ނުވަތަ ނެށުމެއް ހުށަހަޅައިދިނުމާއި، އެފަދަކަމެއް އޭނާގެ އިރުށާދުގެ މަތިން ކުރުން؛
- އެއްވެސް ހަޑިހުތުރު އެއްޗެއް ހިމެނޭ ވަސީލަތެއް ށާއިއުކުރުމާއި އާންމުކޮށް ހުޅުވާލައިގެން ދެއްކުމާއި އެނޫންވެސް ގޮތަކުން މީހުންނާ ހަމައަށް އެފަދަ އެއްޗެއް ފޯރުކޮށްދިނުން؛ ނުވަތަ
- އަގެއްގެ މުގާބިލުގައި، އެއްވެސް ބާވަތެއްގެ ހަޑިހުތުރު އަމަލެއް، އަމިއްލައަށް ކުރުން، ނުވަތަ ހަޑިހުތުރު އަމަލަކަށް ބެލެވޭ ފަދަ ގޮތަކަށް އަމިއްލަ ހަށިގަނޑު ދެއްކުން؛ ނުވަތަ
- ހަޑިހުތުރު އެއްޗެހި ހުރިކަމަށް ދައްކައިގެން އެއްޗެއް އިށްތިހާރުކުރުމާއި އެ ވިއްކުމަށް ހިތްވަރު ދިނުން؛ ނުވަތަ
- މި މާއްދާއާ ހިލާފަށް ބެހުމުގެ ނިޔަތުގައި، ހަޑިހުތުރު އެއްޗެހި ހިމެނިގެންވާ ލިޔުމާއި އެހެނިހެން އެފަދަ އެއްޗެހި އުފެއްދުމާއި ގަތުމާއި ހޯދުމާއި އަތުގައި ބެހެއްޓުން؛ ނުވަތަ
(ށ) އިސްތިސްނާ
ހަޑިހުތުރު އެއްޗެހި ހިމެނޭ ލިޔުމެއް ނުވަތަ އެހެންވެސް އެއްޗެއް މީހަކު ބެހީ ސައިންޓިފިކް ގޮތުން ނުވަތަ އެހެންވެސް ހުއްދަ ސަބަބެއް އޮވެގެން އެފަދަ އެއްޗެހި ބެހެއްޓިދާނެ ފަދަ މަރުކަޒަކަށް ނުވަތަ ބަޔަކަށްކަމުގައިވާނަމަ، އޭނާ އެކުރަނީ މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން (6) ވަނަ ނަންބަރަށް ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން ކުށެއް ނޫނެވެ.
(ނ) އެހެން ގޮތަކަށް ސާބިތުނުވާހައި ހިނދަކު ގަބޫލުކުރާނެ ގޮތް
އެއިން އިތުރު އެއްޗެހި އުފެއްދިދާނެ ގޮތަށް ނުވަތަ އޭގެ އިތުރު ކޮޕީ ހެދިދާނެ ގޮތަށް ހަޑިހުތުރު އެއްޗެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މޯލްޑެއް، ޕްލޭޓެއް ނުވަތަ އެ ބާވަތުގެ އެއްޗެހި މީހަކު އުފައްދައިފިކަމަށް ވާނަމަ ނުވަތަ ގަނެފިކަމަށް ވާނަމަ ނުވަތަ ހޯދައިފިކަމަށް ވާނަމަ ނުވަތަ އަތުގައި ބަހައްޓައިފިކަމަށްވާނަމަ، އެކަމެއް އެކުރީ އެފަދަ އެއްޗެހި އާންމުކޮށް ބެހެއްޓުމުގެ ބޭނުމުގައިކަމަށް، އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު، ފަނޑިޔާރު ގަބޫލުކުރަންވާނެއެވެ.
(ރ) މާނަކުރުން
އެއްޗެއް ނުވަތަ ތަމްސީލެއް ނުވަތަ ހުށަހަޅައިދޭ ހަރަކާތްތަކެއް "ހަޑިހުތުރު" ކަމަށް ބެލެވެނީ ދިވެހި މުޖްތަމައުގެ އާންމު މީހަކު، ދިވެހި މުޖްތަމައުގެ މިހާރުގެ މީހުން ގަބޫލުކުރާ އާންމު ހަމަތަކުގެ އަލީގައި އެ އެއްޗެއް ބެލުމަށްފަހު އަންނަނިވި ގޮތްތަކުން ކުރެ ގޮތަކަށް،
އެ އެއްޗަކާ މެދު ނުވަތަ އެ ކަމަކާ މެދު ދެކޭނެ ނަމައެވެ:
- މުޅި އެއްޗަށް ނިސްބަތްކުރާއިރު، އެ އެއްޗަކީ ނުވަތަ އެ ހުށަހެޅުމަކީ ނުވަތަ އެ ތަމްސީލަކީ ށަހުވާނީ މަސްލަހަތެއް އެކުލެވިގެންވާ އެއްޗެއްކަމުގައި ގަބޫލުކުރުން؛ ނުވަތަ
- ކަނޑައެޅިގެން ހުތުރުވާ ގޮތަށް، ށަހުވާނީ އަމަލުތައް ރަމްޒުކޮށްދޭ ނުވަތަ ތަމްސީލުކޮށްދޭ އެއްޗަކަށްވުން.
(ބ) ދަރަޖަކުރުން
- މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން (6) ވަނަ ނަންބަރަށް ބަޔާންކޮށްފައި ހުރި ކުށްކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެވެ.
- އެނޫން ހާލަތްތަކުގައި އެ ކުށަކީ ޖުނަހްގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.
-
ކުޑަކުދިންގެ ހަޑިހުތުރު އަމަލެއް ދެއްކުން
މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށްކުރުމުގައި ހިމެނިގެންވާ ހަޑިހުތުރު އެއްޗަކީ ނުވަތަ ހުށަހެޅުމަކީ އަންނަނިވި ފަރާތްތަކުގެ ތެރެއިން ފަރާތަކަށް ނިސްބަތްވާ އެއްޗެއް ނުވަތަ ހުށަހެޅުމަކަށްވާނަމަ، އެކުށުގެ ދަރަޖަ ކަނޑައެޅިފައިވާ ނިސްބަތަށްވުރެ 1 ދަރަޖަ އިތުރުވާނެއެވެ.- ކުޑަކުއްޖަކަށްވުން؛ ނުވަތަ
- އޭނާއަށް އެ ކުރެވޭ ކަމެއް ވިސްނައިގަތުމުގެ ތަސައްރުފެއް ނެތް މީހަކަށްވުން.
މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުން
623 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) ގާނޫނު ހުއްދަކުރާ ގޮތެއްގެމަތިން ހިންގާ އަމަލު ފިޔަވައި، މައްޔިތާއާމެދު މީހަކު ހިންގާ އަމަލަކުން އެ މައްޔިތާ ނިސްބަތްވާ އާއިލާގެ މީހުންގެ ތެރޭގައި ނަފްރަތު އުފެދޭނެކަމަށްވާނަމަ، އެ މީހާ އެކުރަނީ ކުށެކެވެ.
(ށ) ދަރަޖަކުރުން
މި ކުށަކީ ޖުނަހްގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ.
އިންސާނާގެ ހަށިގަނޑުގެ ބައިތައް ވިއްކުން
624 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އިންސާނާގެ ހަށިގަނޑުގެ ބައެއް ކަމުގައި ބެލެވޭ އެއްޗެއް އެނގިހުރެ ވިއްކުމަކީ ނުވަތަ ގަތުމަކީ އެ މީހާކުރާ ކުށެކެވެ.
(ށ) އަންނަނިވި ހާލަތްތަކުގައި މީހަކު، އިންސާނާގެ ހަށިގަނޑުގެ ބަޔަކަށް އަގު ދިނުމަކީ ނުވަތަ ލިބިގަތުމަކީ، އެ މީހާކުރާ ކުށެއް ނޫނެވެ.
- ސައިންޓިފިކް ބޭނުމަކަށްޓަކައި ނުވަތަ ސިއްހީ ބޭނުމަކަށްޓަކައި، ހަށިގަނޑުގެ ބައެއް ނުވަތަ ހަށިގަނޑުން ދިޔަވަރެއް ނަގާތީ، ހިނގާ ހަރަދު އަނބުރާ ލިބިދިނުމުގެ ގޮތުން ދެވޭ މުދާ ނުވަތަ ފައިސާ؛ ނުވަތަ
- ސިއްހީ ފަރުވާއާގުޅޭ މަށްރޫއެއްގެ ދަށުން ނުވަތަ އިންށުއަރެންސްގެ މަށްރޫއެއްގެ ދަށުން މީހަކަށްދެވޭ މުދާ ނުވަތަ ފައިސާ؛ ނުވަތަ
- ސައިންޓިފިކް ބޭނުމަކަށްޓަކައި އިންސާނާގެ ހަށިގަނޑުގެ ބައެއް ނުވަތަ ދިޔައެއް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށާއި، ހުރި ތަނަކުން ނެގުމަށާއި ވަކި ތަނެއްގައި ރައްކާކުރުމަށް ހިނގާ އެކަށީގެންވާ ހަރަދުތައް އަނބުރާ ދިނުމުގެ ގޮތުން ދެވޭ މުދާ ނުވަތަ ފައިސާ؛ ނުވަތަ
- ސިއްހީ ނުވަތަ ސައިންޓިފިކް ތަހްލީލުގައި ނުވަތަ ސިއްހީ ފަރުވާދިނުމުގައި ނުވަތަ ބައްޔެއް ދެނެގަތުމަށްޓަކައި ބޭނުންކުރުމަށް އިންސާނާގެ ހަށިގަނޑުގެ ބަޔަކުން އުފައްދައިފައިވާ ބޭސް ނުވަތަ ރީއޭޖެންޓް ނުވަތަ އެހެންވެސް މާއްދާތައް ވިއްކުމާއި ގަތުން.
(ނ) ދަރަޖަކުރުން
މި ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
ޖަނަވާރަށް އަނިޔާވެރި އަމަލުކުރުން
625 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) މީހެއްގެ އިހްމާލުން އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް ކޮށްފިކަމަށްވާނަމަ އެމީހާ އެކުރަނީ ކުށެކެވެ:
- އަނިޔާވެރިކަމާ އެކު ޖަނަވާރަކާ މެދު އަމަލުކުރުން؛ ނުވަތަ
- އޭނާގެ ބެލެހެއްޓުމުގެ ދަށުގައިވާ ޖަނަވާރަކަށް އަޅާނުލައި ދޫކޮށްލުން.
(ށ) އިސްތިސްނާ
ސައިންޓިފިކް ތަހްލީލުކުރުމުގައި އަމަލުކުރެވޭ ހަމަތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ނުވަތަ ޖަނަވާރަށް ބޭސްފަރުވާކުރުމުގައި އަމަލުކުރެވޭ ހަމަތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން މީހަކުކުރާ އަމަލަކީ ކުށެއް ނޫނެވެ.
(ނ) ދަރަޖަކުރުން
މި ކުށަކީ ޖުނަހްގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.
މާނަކުރުން
626 ވަނަ މާއްދާ - މާނަކުރުން
(ހ) "ހަޑިހުތުރު" އަށް ދީފައިވަނީ މި ގާނޫނުގެ 622 ވަނަ މާއްދާގެ (ރ) ގައި ދީފައިވާ މާނަކުރުމެވެ.
(ށ) "ޖިންސީ އަމަލު" އަށް ދީފައިވަނީ މި ގާނޫނުގެ 131 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
(ނ) "ޒިނޭކުރުން" އަށް ދީފައިވަނީ މި ގާނޫނުގެ 411 ވަނަ މާއްދާގެ (ޅ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
710 ވަނަ ބާބު
ހަތިޔާރާ ގުޅޭ ކުށް
710 ވަނަ މާއްދާ - ކުށެއް ކުރުމުގައި ނުރައްކާތެރި ހަތިޔާރެއް ބޭނުންކުރުން
711 ވަނަ މާއްދާ - ބަޑި ނުވަތަ ފަނާކުރަނިވި މާއްދާ ހިމެނޭ އެއްޗެއް ވިއްކުމާއި އުފެއްދުމާއި އެއް ތަނުން އަނެއް ތަނަށް ގެންދިއުމާއި ގެންގުޅުން
712 ވަނަ މާއްދާ - މާނަކުރުން
ކުށެއް ކުރުމުގައި ނުރައްކާތެރި ހަތިޔާރެއް ބޭނުންކުރުން
710 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) ކުށެއް ކުރުމުގައި ނުރައްކާތެރި ހަތިޔާރެއް ބޭނުންކުރުން ނުވަތަ އެފަދަ ހަތިޔާރެއް އޮތްކަން ދެއްކުމަކީ އޭނާކުރާ ކުށެކެވެ.
(ށ) ދަރަޖަކުރުން
- ކުށްކުރުމުގައި މީހަކު ބަޑިޖަހައިފި ކަމަށްވާނަމަ، އޭނާ އެކުރަނީ ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.
- އެނޫން ހާލަތްތަކުގައި އެއީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
(ނ) އޮޓޮމެޓިކް ނުވަތަ ސެމީއޮޓޮމެޓިކް ބަޑި ބޭނުންކޮށްފިނަމަ ކުށުގެ ބުރަދަން އިތުރުވުން
މީހަކު ކުށެއް ކުރުމުގައި، އޮޓޮމެޓިކް ނުވަތަ ސެމީއޮޓޮމެޓިކް ހަތިޔާރެއް ބޭނުންކޮށްފިނަމަ، އޭނާ އެކުރި ކުށަކީ އެހެން ހާލަތްތަކާ އަޅައި ބަލާއިރު، އެއް ދަރަޖަ އިތުރުވެގެންވާ ކުށެކެވެ.
(ރ) މާނަކުރުން
- "އޮޓޮމެޓިކް ބަޑި" ކަމަށް ބުނެފައި އެވަނީ، ޓްރިގަރަށް ފިތައިލުމުން ޓްރިގަރ އޮބިފައި ހުންނަހާހިނދަކު، އެ ބަޑިން މެދުކެނޑުމެއްނެތި ވަޒަން ޖެހޭ ފަދަ އޮޓޮމެޓިކް ލޯޑިންގ އެކްށަން ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ބަޑިއެވެ.
- "އޮޓޮމެޓިކް ލޯޑިންގ" ކަމަށް ބުނެފައި އެވަނީ، އިންސާނެއްގެ އެހީތެރިކަމެއްނެތި ބަޑީގެ ހޮޅީގެ ތެރެއަށް ވަޒަންލައިދޭ ގޮތަށް ތައްޔާރުކޮށްފައިވާ ވަސީލަތަށެވެ.
- "ނުރައްކާތެރި ހަތިޔާރު":
- އަށް ދީފައިވަނީ މި ގާނޫނުގެ 120 ވަނަ މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ؛ އަދި
- ނުރައްކާތެރި ހަތިޔާރުގެ މާނައިގައި، ބަޑިއާއި ވަޒަން ފޮނުވާގޮތަށް ހަދާފައި ހުންނަ އެހެން ބާވަތްތަކުގެ ވަސީލަތްތަކާއި ނިއުމެޓިކް ގަން، ސްޕްރިންގ ގަން، ޕެއިންޓްބޯލް ގަން، ބީބީ ގަން، ސްޓަން ގަން ނުވަތަ ޓޭޒަރއާއި ތޫނު ހަތިޔާރާއި، ކޯރާޑިއާއި، ވަޅިއާއި، ރޭޒަރުތިލައާއި، މިފަދަ އެއްޗެހި ހިމެނެއެވެ.\
- "ބަޑި" ކަމަށް ބުނެފައި އެވަނީ، ވަޒަންނުކުންނަ ގޮތަށް، ނުވަތަ އެންމެ މަދުވެގެން 60 ފޫޓަށް ވަޒަން ދަތުރުކުރާ ވަރުގެ ބާރު މިން ލިބޭ ގޮތަށް ތައްޔާރުކޮށްފައިވާ ބަޑިއަށެވެ.
- "ސެމީއޮޓޮމެޓިކް ބަޑި" ކަމަށް ބުނެފައި އެވަނީ، ޓްރިގަރަށް ފިތައިލާ ކޮންމެ ފަހަރަކު ވަކި ވަރަކަށް ވަޒަން ޖެހޭފަދަ އޮޓޮމެޓިކް ލޯޑިންގ އެކްށަން ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ބަޑިއަށެވެ.
(ބ) އަދަބު ކަނޑައެޅުމުގައި ބަލަންޖެހޭ ނުކުތާ
އިރު އޮއްސުމާއިއިރު އެރުމާ ދެމެދު ހިނގާ ވަގުތުގައި ކުށުގެ އެ އަމަލު ހިންގައިފިނަމަ މި ގާނޫނުގެ 1002 ވަނަ މާއްދާގައި އަދަބު ކަނޑައެޅުމުގެ މިންގަނޑު އަންގައިދޭ ތާވަލުގައި ބަޔާންކޮށްފައިވާ އަސާސީ އަދަބުގެ މިންގަނޑުން އެއް ދަރަޖަ އެ ކުށުގެ އަދަބަށް އިތުރުކުރެވިގެންވެއެވެ.
ބަޑި ނުވަތަ ފަނާކުރަނިވި މާއްދާ ހިމެނޭ އެއްޗެއް ވިއްކުމާއި އުފެއްދުމާއި
އެއް ތަނުން އަނެއް ތަނަށް ގެންދިއުމާއި ގެންގުޅުން
711 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) ލައިސަންސެއްނެތި ނުވަތަ ސަރުކާރުގެ ސީދާ ހުއްދައެއްނެތި، އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް އެނގިހުރެ ކުރާ މީހާ އެކުރަނީ ކުށެކެވެ:
- ފަނާކުރަނިވި މާއްދާއެއް ހިމެނޭ އެއްޗެއް އުފެއްދުމާއި، ގެންގުޅުމާއި، ވިއްކުމާއި، އެހެން މީހަކަށް ދިނުމާއި އެހެން ތަނަކަށް ގެންދިއުމާއި އެއިން ވިޔަފާރިކުރުން؛ ނުވަތަ
- ބަޑި އުފެއްދުމާއި އެއިން ވިޔަފާރިކުރުން؛ ނުވަތަ
- އެހެން މީހަކަށް ބަޑިއެއް ދިނުން ނުވަތަ އެހެން މީހަކަށް ބަޑިއެއް ވިއްކުން؛ ނުވަތަ
- ބަޑިއެއް ގެންގުޅުން.
(ށ) އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު ގަބޫލުކުރާނެ ގޮތް
އެހެން ގޮތަކަށް ސާބިތުކޮށްނުދެވޭހާ ހިނދަކު:
- މީހެއްގެ އަތުގައި 5 ބަޑިއަށް ވުރެ އިތުރަށް ބަޑި ހުރެއްޖެނަމަ، މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ދާއިރާގެ ތެރެއަށް ފެތޭކަމުގައި ފަނޑިޔާރު ގަބޫލުކުރަންވާނެއެވެ.
- 3 ބަޑިއަށް ވުރެ އިތުރަށް ހުރެއްޖެ ކަމުގައިވާނަމަ މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ދާއިރާގެ ތެރެއަށް ފެތޭކަމުގައި ފަނޑިޔާރު ގަބޫލުކުރަންވާނެއެވެ.
(ނ) ދަރަޖަކުރުން
613 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށުގެ އިތުރަށް:
- މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރަށް ބަޔާންކޮށްފައިވާ ކުށްކުށަކީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެވެ.
- މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށަކީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.
- އެނޫން ހާލަތްތަކުގައި އެ ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
(ރ) އަދަބު އިތުރުވާނެ ނުކުތާ
ގެންގުޅުނު ނުރައްކާތެރި ހަތިޔާރުގެ ތެރޭގައި އޮޓޮމެޓިކް ނުވަތަ ސެމީއޮޓޮމެޓިކް ބަޑި ހިމެނޭކަމަށްވާނަމަ، އެ ކުށުގެ އަދަބު އެއް ދަރަޖަ އިތުރުވާނެއެވެ.
މާނަކުރުން
712 ވަނަ މާއްދާ - މާނަކުރުން
- "އޮޓޮމެޓިކް ބަޑި" އަށް ދީފައިވަނީ މި ގާނޫނުގެ 710 ވަނަ މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "އޮޓޮމެޓިކް ލޯޑިންގ" އަށް ދީފައިވަނީ މި ގާނޫނުގެ 710 ވަނަ މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ފަނާކުރަނިވި މާއްދާ" އަށް ދީފައިވަނީ މި ގާނޫނުގެ 121 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ނުރައްކާތެރި ހަތިޔާރު" އަށް ދީފައިވަނީ މި ގާނޫނުގެ 120 ވަނަ މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ބަޑި" އަށް ދީފައިވަނީ މި ގާނޫނުގެ 710 ވަނަ މާއްދާގެ (ރ) ގެ (4) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ސެމީއޮޓޮމެޓިކް ބަޑި" އަށް ދީފައިވަނީ މި ގާނޫނުގެ 710 ވަނަ މާއްދާގެ (ރ) ގެ (5) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
720 ވަނަ ބާބު
ޓެރަރިޒަމާއި ރާވައިގެން ކުރާ ކުށް
720 ވަނަ މާއްދާ - ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުން
721 ވަނަ މާއްދާ - ފައިސާގެ އެކިއެކި ލިޔުންތައް ނަހަމަ ގޮތުގައި ބޭނުންކުރުން
722 ވަނަ މާއްދާ - މާނަކުރުން
ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުން
720 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ:
- ކުށްކުރާ ޖަމާއަތެއް ހިންގުމުގައި ބައިވެރިވުން؛ ނުވަތަ
- ކުށްކުރާ ޖަމާއަތެއް ހިންގުމުގައި ބައިވެރިކުރުމަށް މީހަކު އެ ޖަމާއަތާ ގުޅުވުން؛ ނުވަތަ
- ކުށްކުރާ ޖަމާއަތަކަށް މާއްދީ ގޮތުންނާއި މާލީގޮތުން އެހީތެރިވެދިނުން؛ ނުވަތަ
- ކުށްކުރާ ޖަމާއަތެއްގެ ހަރަކާތްތަކުން ލިބޭ ފައިސާ ބޭނުންކުރުމާއި އެހެން ކަމެއްގައި އެ ފައިސާ އިންވެސްޓުކުރުން؛ ނުވަތަ
- ކުށްކުރާ ޖަމާއަތެއްގެ ހަރަކާތްތައް އެއްވެސް ގޮތަކުން ކޮންޓްރޯލުކުރުމާއި، އެހަރަކާތްތައް ކުރިއަށް ގެންދަންވީގޮތުގެ އިރުށާދު ދިނުން.
(ށ) މާނަކުރުން
- "ކުށްކުރާ ޖަމާއަތް" ކަމަށް ބުނެފައި އެވަނީ:
- އެ ޖަމާއަތުގައި ހިމެނޭ މެންބަރުންނަކީ، ގުޅިފައިވާ އާންމު އެއް މަގްސަދަކަށްޓަކައި މަސައްކަތްކުރާ ބަޔަކަށްވުމާއި:
(ހހ) އެ ޖަމާއަތުގެ މެންބަރުން ނުވަތަ އެ ޖަމާއަތާ ގުޅިފައިވާ މީހުން މެދުވެރިކޮށް، ކުރިއަށް ގެންދެވޭ ޕްލޭނެއް ނުވަތަ މަގްސަދެއްގެ ބައެއްގެ ގޮތުގައި އަނިޔާވެރިކަން ނުވަތަ ފަނާކުރުން ނުވަތަ އެދެކަންތަކުންކުރެ ކަމެއްގެ ބިރު ދެއްކުން ހިމެނޭ ދެ އަމަލު ނުވަތަ އެއަށްވުރެ ގިނަ އަމަލު ހިންގާފައިވާ ބަޔަކަށްވުން؛ ނުވަތަ
(ށށ) އެ ޖަމާއަތުގެ މެންބަރުން ނުވަތަ އެ ޖަމާއަތާ ގުޅިފައިވާ މީހުން މެދުވެރިކޮށް، މަސްތުވާއެއްޗެހި ވިއްކުމާއި މަސްތުވާއެއްޗެހި އެއް ތަނުން އަނެއް ތަނަށް ގެންގޮސް އޭގެ ވިޔަފާރިކުރުންކަމަށް މާނަކުރެވޭ ދެ އަމަލު ނުވަތަ އެއަށްވުރެ ގިނަ އަމަލު ހިންގާފައިވާ ބަޔަކަށްވުން؛ ނުވަތަ
(ނނ) އެފަދަ ކުށްކުށް ކުރުމަކީ، ނުވަތަ ކުރާނެކަމުގެ ބިރުދެއްކުމަކީ އެ ޖަމާއަތުގެ ބޭނުންކަމުގައި ނުވަތަ މަގްސަދުކަމުގައި އާންމުކޮށް އިއްލާންކޮށްފައިވާ ނުވަތަ ގަބޫލުކޮށްފައިވާ ބަޔަކަށްވުން؛ ނުވަތަ - ދިވެހިސަރުކާރުން ޓެރަރިސްޓް ޖަމާއަތެއްކަމުގައި ނުވަތަ ކުށްކުރާ ޖަމާއަތެއްކަމުގައި ކަނޑައަޅާފައިވާ ޖަމާއަތަކަށްވުން.
- އެ ޖަމާއަތުގައި ހިމެނޭ މެންބަރުންނަކީ، ގުޅިފައިވާ އާންމު އެއް މަގްސަދަކަށްޓަކައި މަސައްކަތްކުރާ ބަޔަކަށްވުމާއި:
- "މާއްދީ އެހީތެރިކަން" ކަމަށް ބުނެފައި އެވަނީ، މާލީ ހިދުމަތާއި، އެ މީހުން ތިބޭނެ ތަންތަން ހަމަޖެއްސުމާއި، އެ މީހުންނަށް ތަމްރީނުދިނުމާއި، އެ މީހުންނަށް އެ މީހުންގެ ށަހްސު އޮޅުވާލުމުގެ ލިޔުންތައް ދިނުމާއި ނުވަތަ އެކަމާގުޅޭ ދޮގު ލިޔުންތައް ތައްޔާރުކޮށްދިނުމާއި، މުއާސަލާތުގެ ވަސީލަތްތައް ފޯރުކޮށްދިނުމާއި، ހަތިޔާރު ދިނުމާއި، ގެއްލުންދެނިވި އެހެންވެސް މާއްދާތަކާއި، ގޮވާއެއްޗެއްސާއި، އެއް ތަނުން އަނެއް ތަނަށް ދިއުމުގެ އުޅަނދުފަހަރާއި މާއްދީ އެކިއެކި މުދަލާއި އެހެނިހެން އެހީ ދިނުން ހިމެނޭ ގޮތަށެވެ. މީގެ ތެރޭގައި ބޭސްފަރުވާއާއި ދީނީ ލިޔެކިޔުން ދިނުމެއް ނުހިމެނެއެވެ.
(ރ) ދަރަޖަކުރުން
- ކުށްކުރާ މީހާއަށް، އެ ޖަމާއަތަކީ ކުށްކުރާ ޖަމާއަތެއްކަން އެނގިފައިވާނަމަ:
- މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާކުށަކީ، ޖިނާޔަތުގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ؛ އަދި
- މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން (ހ) ގެ (4) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ކުށްކުށަކީ ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށްކުށެވެ.
- އެ ޖަމާއަތަކީ ކުށްކުރާ ޖަމާއަތެއްކަން ދެނެގަތުމާމެދު އެއްވެސް ފަރުވާލެއްނެތް މީހާކުރާ، މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށަކީ، ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.
- އެނޫން ހާލަތްތަކުގައި އެ ކުށަކީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
ފައިސާގެ އެކިއެކި ލިޔުންތައް ނަހަމަ ގޮތުގައި ބޭނުންކުރުން
721 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ:
- ގައިރު ގާނޫނީ ހަރަކާތަކުން ހޯދައިފައިވާ ފައިސާކަން އެނގޭ ފައިސާއާ ގުޅޭގޮތުން އެއްވެސް މާލީ މުއާމަލާތެއް ހިންގުން؛ އަދި
- އެ މާލީ މުއާމަލާތް ހިންގުމުގެ މުޅި ބޭނުމަކީ ނުވަތަ އެ މުއާމަލާތުން ހާސިލުކުރާ ބޭނުމަކީ:
- ގައިރު ގާނޫނީ އަމަލުތަކެއް ކުރުމަށް މަގުފަހިކުރުން ކަމުގައިވުން؛ ނުވަތަ
- ގައިރު ގާނޫނީ އަމަލުން ލިބޭ ފައިސާގެ ބާވަތާއި، އެ ހުރި ތަނަކާއި، އެ ލިބުނު ތަނަކާއި، އަދި އޭގެ ވެރިފަރާތާއި އޭގެ މައްޗަށް ބާރު ހިންގާ ފަރާތް ފޮރުވުން؛ ނުވަތަ
- ގާނޫނު ބުނާގޮތުން އެފަދަ ފައިސާއާބެހޭ ގޮތުން ހުށަހަޅަންޖެހޭ މައުލޫމާތު ހުށަހެޅުމުން ސަލާމަތްވެގަތުން.
(ށ) މާނަކުރުން
- "މާލީ މުއާމަލާތް" ކަމަށް ބުނެފައި އެވަނީ އަންނަނިވި ކަންކަން ހިމެނޭ ކޮންމެ މުއާމަލާތަކަށެވެ:
- ވަޔަރ ނުވަތަ އެނޫންވެސް އެހެން ވަސީލަތެއް ބޭނުންކޮށްގެން އެއް ތަނުން އަނެއް ތަނަށް ފައިސާ ގެންދިއުން؛ ނުވަތަ
- ފައިސާގެ ލިޔުމެއް އުފެއްދުން ނުވަތަ ބަދަލުކުރުން؛ ނުވަތަ
- މުދަލަކަށްއޮތް މިލްކުވެރިކަމުގެ ހައްގު އެހެން ފަރާތަކަށް ބަދަލުކުރުން.
- "ފައިސާގެ ލިޔުން" ކަމަށް ބުނެފައި އެވަނީ:
- ދިވެހިރާއްޖޭގެ ފައިސާފޮއްޗަށާއި ފައިސާގެ ނޫޓަށާއި، އެހެން ގައުމެއްގެވެސް އެފަދަ އެއްޗެއްސަށާއި، ޓްރެވެލަރސް ޗެކަށާއި، ބޭންކް ޗެކަށާއި އަދި މަނީ އޯޑަރަށެވެ؛
- އިންވެސްޓްމަންޓް ސެކިއުރިޓީއަށް ނުވަތަ ލިޔުން އަތުން އަތަށް ބަދަލުވާއިރު، އޭގެ މިލްކުވެރިކަންވެސް ބަދަލުވާގޮތަށް ފައިސާގެ ގޮތުގައި ބޭނުންކުރެވޭ އެހެނިހެން ލިޔެކިޔުމަށެވެ.
(ނ) ދަރަޖަކުރުން
މި ކުށަކީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
މާނަކުރުން
722 ވަނަ މާއްދާ - މާނަކުރުން
(ހ) "ކުށްކުރާ ޖަމާއަތް" އަށް ދީފައިވަނީ މި ގާނޫނުގެ 720 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ށ) "މާލީ މުއާމަލާތް" އަށް ދީފައިވަނީ މި ގާނޫނުގެ 721 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ނ) "މާއްދީ އެހީތެރިކަން" އަށް ދީފައިވަނީ މި ގާނޫނުގެ 720 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ރ) "ފައިސާގެ ލިޔުން" އަށް ދީފައިވަނީ މި ގާނޫނުގެ 721 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
ތިންވަނަ ބައި - ކަނޑައެޅޭނެ އަދަބުގެ މިންވަރު
1000 ވަނަ ބާބު
އަދަބު ކަނޑައެޅުމުގެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުން
1000 ވަނަ މާއްދާ - ކަނޑައެޅޭނެ އަދަބުގެ މިންވަރު ކަނޑައަޅައި އާންމުކުރުން
1001 ވަނަ މާއްދާ - ކަނޑައެޅޭނެ އަދަބުގެ މިންވަރު
1002 ވަނަ މާއްދާ - ކަނޑައެޅޭނެ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލު
1003 ވަނަ މާއްދާ - އަދަބު ކަނޑައެޅޭނެ މިންވަރަށް އަދަބު ކަނޑައެޅުން ލާޒިމުނުވި ނަމަވެސް، އެ މިންވަރާ ހިލާފުވާ ހާލަތްތަކުގައި ސަބަބު ބަޔާންކުރުން
1004 ވަނަ މާއްދާ - ކަނޑައެޅޭނެ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލުގައި ބުނާ މިންވަރުގެ އަދަބެއް، ހުއްދަ ކުރެވިފައިވާ އެހެން ގޮތެއް ބޭނުންކޮށްގެން ކަނޑައެޅިދާނެ ހާލަތްތައް
1005 ވަނަ މާއްދާ - އަދަބުތަކުގެ މިންވަރު ދައްކުވައިދޭ ތާވަލު
1006 ވަނަ މާއްދާ - އެއް ކުށަށް ވުރެ ގިނަ ކުށަށް އަދަބުދިނުން
1007 ވަނަ މާއްދާ - އަދަބު ކަނޑައަޅާ ކޯޓުގެ ބާރުތައް
1008 ވަނަ މާއްދާ - ކައްފާރާ
ކަނޑައެޅޭނެ އަދަބުގެ މިންވަރު ކަނޑައަޅައި އާންމުކުރުން
1000 ވަނަ މާއްދާ - ކަނޑައެޅޭނެ އަދަބުގެ މިންވަރު ކަނޑައަޅައި އާންމުކުރުން
(ހ) އަދަބު ކަނޑައެޅުމުގެ ކުރިން، މި ބާބާއި މި ގާނޫނުގެ އެހެނިހެން މާއްދާތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެ ކުށަކަށް ކަނޑައެޅޭނެ އަދަބުގެ މިންވަރު ބަލަންވާނެއެވެ. އަދި އެ މިންވަރަށް ވާސިލްވިގޮތް އެ މައްސަލައެއް ނިމުނުގޮތުގެ ރިޕޯޓުގައި، ގާޒީ ހިމަނަންވާނެއެވެ.
(ށ) މި ގާނޫނުގެ ދަށުން ކަނޑައަޅާ އަދަބުގެ މިންވަރަށް ވާސިލްވުމަށްޓަކައި ކޯޓުން ގެންގުޅޭ އުސޫލުތަކަކީ އެއްގޮތް އުސޫލުތަކަކަށް ހެދުމަށް، އެ އިރެއްގައި ދިވެހިރާއްޖޭގައި ހުންނަ އެންމެ އިސް ކޯޓުން މަދުވެގެން ކޮންމެ 2 އަހަރުން 1 އަހަރު އެ މިންގަނޑުތައް ބަލައި، މުރާޖައާކުރަންވާނެއެވެ.
ކަނޑައެޅޭނެ އަދަބުގެ މިންވަރު
1001 ވަނަ މާއްދާ - އަދަބުގެ މިންވަރު ކޯޓުން ކަނޑައެޅުން
މި ގާނޫނުގެ 1002 ވަނަ މާއްދާގައިވާ "ކަނޑައެޅޭނެ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލު" ގައިވާ ގޮތުގެމަތިން، އެ ކުށަކަށް ކަނޑައެޅޭނެ އަދަބުގެ މިންވަރު، އަންނަނިވި ގޮތުގެމަތިން ކޯޓުން ކަނޑައަޅަންވާނެއެވެ.
(ހ) އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑު ބަޔާންކުރާ ގޮޅި ކަނޑައެޅުން
މި ގާނޫނުގެ 1 ވަނަ ބަޔާއި 2 ވަނަ ބައިގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކުށުގެ ދަރަޖަ ކަނޑައެޅުމަށްފަހު، އެ ކުށަކަށް ކަނޑައެޅޭނެ އަދަބުގެ މިންވަރު ދެނެގަތުމަށްޓަކައި މި ގާނޫނުގެ 1002 ވަނަ މާއްދާގައިވާ "ކަނޑައެޅޭނެ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލު" އިން ކުށުގެ ދަރަޖަ ބަޔާންކޮށްފައިވާ ކޮލަމުގައި (މަތިން ތިރިއަށް) ހިމެނޭ ގޮޅިތަކުގެ ތެރެއިން "އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑު" ބަޔާންކުރާ ގޮޅި (ކަނާތުން ވާތަށް) ކަނޑައަޅަންވާނެއެވެ.
(ށ) އަދަބު ކަނޑައެޅުމުގައި ރިއާޔަތް ކުރަންޖެހޭ ކަންކަމުން ތާވަލުން މިނެއް ކަނޑައެޅުން
އެ މައްސަލައަކާ ގުޅިގެން އަދަބު ކަނޑައެޅުމުގައި ބަލާނެ ނުކުތާތައް ދެނެގަތުމުގައި، އަންނަނިވި ކަންކަމަށް ކޯޓުން ރިއާޔަތް ކުރަންވާނެއެވެ.
- އެ މީހެއްގެ މައްޗަށް ސާބިތުވި ކުށަށް އަދަބު ކަނޑައެޅުމުގައި ބަލަންޖެހޭ ނުކުތާތައްކަމަށް މި ގާނޫނުގެ 1 ވަނަ ބަޔާއި 2 ވަނަ ބައިގައި ބަޔާންކޮށްފައިވާ ކަންކަމާއި، އަދި
- މި ގާނޫނުގެ 1100 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، އަދަބުގެ ކުޑަބޮޑުމިނަށް ގެންނަންޖެހޭ ބަދަލުތަކާއި؛ (މި މާއްދާގެ 1 ވަނަ ނަންބަރުގައި ބަޔާންވެގެންވާ ގޮތުގެމަތިން އަދަބު ކަނޑައެޅުމުގައި ރިއާޔަތް ކުރަންޖެހޭ ހާއްސަ ކަންތައްތަކުގެ ތެރޭގައި ހިމެނިފައި ނުވާ ކަންތައްތައް) އަދި
- އަދަބު ކަނޑައެޅުމުގައި ބަލަންޖެހޭ ކަންކަމުގެ ތެރެއިން ކަމެއް، ސާފު ހެކީގެ އަލީގައި ސާބިތުވެފައިވާނަމަ އެކަމަކާއި؛ އަދި
- އަދަބުގެ ކުޑަބޮޑު މިނަށް ގެންނަންޖެހޭ ބަދަލުތައް ކަނޑައެޅުމަށްޓަކައި، ސާބިތުވެފައިވާ ކަންކަމުގެ މައްޗަށް ބަލައި، އަދަބުގެ މިންވަރު މައްޗަށް ޖައްސަންޖެހޭ ނުކުތާތަކުން އަދަބުގެ މިންވަރު ދަށަށް ޖައްސަންޖެހޭ ނުކުތާތައް
- އަދަބުގެ މިންވަރު މައްޗަށް ޖައްސަންޖެހޭ އެންމެހާ ކަންކަން އެއްކުރުމަށްފަހު އެއިން އަދަބުގެ މިންވަރު ދަށަށް ޖައްސަންޖެހޭ އެންމެހާ ކަންކަން ކެނޑުމުން އަންނަ އަދަބުގެ މިންވަރަކީ، މި ގާނޫނުގެ 1002 ވަނަ މާއްދާގައިވާ "ކަނޑައެޅޭނެ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލު" އިން އެ ކުށަކާ ގުޅިގެން ދެވޭނެ އަދަބުގެ މިންވަރު ކަނޑައަޅާ ގޮޅިއެވެ.
(ނ) ކުށަކަށް ކަނޑައެޅޭނެ އަދަބުގެ މިންވަރު
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ކުށުގެ ދަރަޖަ ބަޔާންކުރާ ކޮލަމްގެ ގޮޅިއާގުޅޭ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކުށުގެ އަދަބުގެ މިންވަރަށް ގެންނަންޖެހޭ އުނި އިތުރު ގެނައުމަށްފަހު ކަނޑައަޅާ ގޮޅީގައި ބަޔާންކުރާ އަދަބަކީ އެ ކުށަކަށް ކަނޑައެޅޭނެ އަދަބުގެ މިންވަރެވެ.
ކަނޑައެޅޭނެ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލު
1002 ވަނަ މާއްދާ - އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލު
(ހ) ކަނޑައެޅޭ އަދަބުގެ މިންވަރު ކޯޓުން ކަނޑައަޅަންވާނީ މި ގާނޫނުގެ 1003 ވަނަ މާއްދާއާއި، ތިރީގައިވާ ތާވަލުގައި ބަޔާންވެގެންވާ ގޮތުގެމަތިންނެވެ.
ޖިނާޔަތުގެ ދަރަޖަ 1 |
ޖިނާޔަތުގެ ދަރަޖަ 2 |
ޖިނާޔަތުގެ ދަރަޖަ 3 |
ޖިނާޔަތުގެ ދަރަޖަ 4 |
ޖިނާޔަތުގެ ދަރަޖަ 5 |
ޖުނަހްގެ ދަރަޖަ 1 |
ޖުނަހްގެ ދަރަޖަ 2 |
ޖުނަހްގެ ދަރަޖަ 3 |
|
ކަނޑައެޅޭނެ އެންމެ ބޮޑު އަދަބު | 25 އ | 15 އ | 8 އ | 4 އ | 2 އ | 1 އ | 6 މ | 3 މ |
+5 |
22 އ، 6 މ |
13 އ، 6 މ |
7، އ، 2 މ، 12 ދ |
3 އ، 7މ، 6 ދ |
1 އ، 9 މ، 18 ދ |
10 މ، 24 ދ |
5 މ، 12 ދ |
2 މ، 21 ދ |
+4 | 20 އ | 12 އ |
6 އ، 4 މ، 24 ދ |
3 އ، 2 މ، 12 ދ |
1 އ، 7 މ، 6 ދ |
9 މ، 18 ދ |
4 މ، 24 ދ |
2 ނމ 12 ދ |
+3 |
17 އ، 6 މ |
10 އ، 6 މ |
5 އ، 7 މ، 6 ދ |
2 އ، 9 މ، 18 ދ |
1 އ، 4 މ، 24 ދ |
8 މ، 12 ދ |
4 މ، 6 ދ |
2 މ، 3 ދ |
+2 | 15 އ | 9 އ |
4 އ، 9 މ، 18 ދ |
2 އ، 4 މ، 24 ދ |
1 އ، 2މ، 12 ދ |
7 މ، 6 ދ |
3 މ، 18 ދ |
1 މ، 24 ދ |
+1 |
12 އ، 6 މ |
7 އ، 6 މ |
4 އ | 2 އ | 1 އ | 6 މ | 3 މ |
1 މ، 15 ދ |
އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑު | 10 އ | 6 އ |
3 އ، 2 މ، 12 ދ |
1 އ، 7 މ، 6 ދ |
9 މ، 18 ދ |
4 މ، 24 ދ |
2 މ، 12 ދ |
1 މ، 6 ދ |
-1 |
7 އ، 6 މ |
4 އ، 6 މ |
2 އ، 4 މ، 24 ދ |
1 އ، 12 ދ |
7 މ، 6 ދ |
3 މ، 18 ދ |
1 މ 24 ދ |
27 ދ |
-2 | 5 އ | 3 އ |
1 އ، 7 މ، 6 ދ |
9 މ، 18 ދ |
4 މ، 24 ދ |
2 މ، 12 ދ |
1 މ، 6 ދ |
18 ދ |
-3 |
2 އ، 6 މ |
1 އ، 6 މ |
9 މ، 18 ދ |
4 މ، 24 ދ |
2 މ، 12 ދ |
1 މ، 6 ދ |
18 ދ | 9 ދ |
(ށ) ވަގުތު ގުނުން
މި ގާނޫނުގެ ބޭނުމަށް އަދަބުގެ ވަގުތުތައް ގުނާނީ، އެންމެ ފަހުގެ ކުށުގެ އަދަބުގެ ފުރަތަމަ ދުވަހުން ފެށިގެން، އެދުވަހާ ހަމައަށް ތަންފީޒުކުރަމުންދިޔަ އެހެން އަދަބުތައް ހިމެނޭ ގޮތުގެމަތިންނެވެ.
- "އ" (އަހަރު): އަހަރަކީ 365 ދުވަހެވެ.
- "މ" (މަސް): އެއްމަސް ދުވަހަކީ 30 ދުވަހެވެ.
- "ދ" (ދުވަސް): ދުވަހަކީ 24 ގަޑިއިރެވެ.
އަދަބު ކަނޑައެޅޭނެ މިންވަރަށް އަދަބު ކަނޑައެޅުން ލާޒިމުނުވި ނަމަވެސް، އެ މިންވަރާ ހިލާފުވާ
ހާލަތްތަކުގައި ސަބަބު ބަޔާންކުރުން
1003 ވަނަ މާއްދާ - އަދަބު ކަނޑައެޅޭނެ މިންވަރަށް އަދަބު ކަނޑައެޅުން ލާޒިމުނުވި ނަމަވެސް، އެ މިންވަރާ ހިލާފުވާ ހާލަތްތަކުގައި ސަބަބު ބަޔާންކުރުން
(ހ) ކުށްވެރިޔާގެ މައްޗަށް އަދަބުކަނޑައެޅުމުގައި ކަނޑައެޅޭނެ އަދަބުގެ މިންވަރަށް އަދަބު ކަނޑައެޅުން ކޯޓަށް ކޮންމެހެން ލާޒިމުވެގެނެއްނުވެއެވެ. މި ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާންމު މަގްސަދުތަކާ އެއްގޮތްވާ ގޮތުގެމަތިން، ގާނޫނު ހުއްދަކުރާ އަދަބުތަކުގެ ތެރެއިން އަދަބެއް ކުށްވެރިޔާގެ މައްޗަށް ކަނޑައެޅުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
(ށ) ނަމަވެސް މި ގާނޫނުގެ 1002 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ކަނޑައެޅޭނެ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލު" ގައި އެކުށަކަށް ކަނޑައަޅާފައިވާ އަދަބުގެ މިންވަރަށްވުރެ 2 މިންވަރު ނުވަތަ އެއަށްވުރެ މަތީ މިންވަރެއްގެ އަދަބެއް ކޯޓުން ކަނޑައަޅައިފިނަމަ، އެ ކަނޑައެޅޭނެ އަދަބުގެ މިންވަރުކަމަށް ބަޔާންކޮށްފައިވާ މިންވަރާ ހިލާފުވި ސަބަބު،
އެ މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގައި ގާޒީ ހިމަނަން ވާނެއެވެ.
(ނ) ކަނޑައެޅޭނެ އަދަބުގެ މިންވަރާއި އަންނަނިވި މިންވަރަށް ކޯޓުން ހިލާފުވެއްޖެނަމަ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަމަލުކުރެވިދާނެއެވެ.
- ކަނޑައެޅޭ އަދަބުގެ މިންވަރަށް ވުރެ 2 މިންވަރު ނުވަތަ އެއަށްވުރެ މަތީ މިންވަރެއްގެ އަދަބެއް ކަނޑައަޅައިފިނަމަ، އެ އަދަބާއި ދެކޮޅަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ހައްގު ކުށްވެރިޔާއަށް ލިބިގެންވެއެވެ.
- ކަނޑައެޅޭ އަދަބުގެ މިންވަރަށް ވުރެ 2 މިންވަރު ނުވަތަ އެއަށްވުރެ ދަށް މިންވަރެއްގެ އަދަބެއް ކަނޑައަޅައިފިނަމަ، އެއަދަބާއި ދެކޮޅަށް ދިވެހިރާއްޖޭގެ މަތީމަރުހަލާގެ ކޯޓެއްގައި އިސްތިއުނާފުކުރުމުގެ ހައްގު ދައުލަތަށް ލިބިގެންވެއެވެ.
(ރ) ކުށުގެ ދަރަޖަ ކަނޑައެޅުމުގައި ކޯޓުން އޮޅުން އަރައިފައިވާނަމަ ނުވަތަ ކަނޑައެޅޭނެ އަދަބުގެ މިންވަރު ނިންމުމުގައި ގާނޫނީގޮތުން ނުބައި ކޮށް ނިންމައިފައިވާނަމަ
އެ ކަނޑައެޅި ކަނޑައެޅުމާމެދު ނުވަތަ އެ ނިންމި ނިންމުމާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ހައްގު ދައުލަތަށާއި ކުށްވެރިޔާއަށް ލިބިގެންވެއެވެ.
ކަނޑައެޅޭނެ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލުގައި ބުނާ މިންވަރުގެ އަދަބެއް، ހުއްދަ ކުރެވިފައިވާ
އެހެން ގޮތެއް ބޭނުންކޮށްގެން ކަނޑައެޅިދާނެ ހާލަތްތައް
1004 ވަނަ މާއްދާ - ކަނޑައެޅޭނެ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލުގައި ބުނާ މިންވަރުގެ އަދަބެއް، ހުއްދަ ކުރެވިފައިވާ އެހެން ގޮތެއް ބޭނުންކޮށްގެން ކަނޑައެޅިދާނެ ހާލަތްތައް
މި ގާނޫނުގެ 1002 ވަނަ މާއްދާގައިވާ "ކަނޑައެޅޭނެ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލު" ގައި ކުށެއްގެ އަދަބުގައި ކުށްވެރިއަކު ޖަލަށްލެވޭނެ އެންމެ ދިގު މުއްދަތު ކަނޑައަޅާފައިވާނެއެވެ. އެހެންނަމަވެސް، އެގޮތުން ކަނޑައެޅޭނެ ޖަލުގެ މުއްދަތާ އެއް މިންވަރެއްގެ އެހެން އަދަބެއް ނުވަތަ ތަފާތު އެކިއެކި ބާވަތުގެ އަދަބުތައް އެއްކުރުމަށްފަހު ކުށްވެރިއަކު ޖަލަށްލެވޭނެ އެންމެ ދިގު މުއްދަތާ އެއްހަމަ އަދަބު އެކުށްވެރިއެއްގެ މައްޗަށް ކަނޑައެޅިދާނެއެވެ. މިގޮތުން ކަނޑައެޅޭ އަދަބުގެ މުއްދަތާއި ބާވަތް ވާންވާނީ މި ގާނޫނުގެ 1005 ވަނަ މާއްދާގައިވާ "ތަފާތު އަދަބު އެއްހަމަ ކުރާ ތާވަލު" ގައިވާ ގޮތުގެމަތިންނެވެ.
އަދަބުތަކުގެ މިންވަރު ދައްކުވައިދޭ ތާވަލު
1005 ވަނަ މާއްދާ - އަދަބުތަކުގެ މިންވަރު ދައްކުވައިދޭ ތާވަލު
(ހ) މި މާއްދާގައިވާ "ތަފާތު އަދަބު އެއްހަމަ ކުރާ ތާވަލު" ގައިވާ ގޮތުގެމަތިން އެ ކުށަކަށް ކަނޑައެޅޭނެ އަދަބުގެ ޖުމްލަ މުއްދަތަށް ވުރެ އިތުރުނުވާ ގޮތުގެމަތިން ތަފާތު އެކިއެކި ބާވަތްތަކުން އަދަބު ކަނޑައެޅުމުގެ އިހްތިޔާރު ކޯޓަށް ލިބިގެން ވެއެވެ.
ޖަލަށްލުން | ގޭ ބަންދު | މުޖްތަމައަށް ހިދްމަތްކުރުން | ޖޫރިމަނާ (ދެ އަދަދުން ބޮޑު އަދަދެއް) | އުޅޭނޫޅޭގޮތް ގާތުން ބެލުން | ޕްރޮބޭށަން |
1 އަހަރު | 2 އަހަރު | 1920 ގަޑިއިރު | 72،000 ރ، ނުވަތަ 1 އަހަރުގެ އާމްދަނީ | 4 އަހަރު | 6 އަހަރު |
6 މަސް | 1 އަހަރު | 960 ގަޑިއިރު | 36،000 ރ، ނުވަތަ 6 މަހުގެ އާމްދަނީ | 2 އަހަރު | 3 އަހަރު |
3 މަސް | 6 މަސް | 480 ގަޑިއިރު | 18،000 ރ، ނުވަތަ 3 މަހުގެ އާމްދަނީ | 1 އަހަރު | 1.5 އަހަރު |
1 މަސް | 2 މަސް | 160 ގަޑިއިރު | 6،000 ރ، ނުވަތަ 1 މަހުގެ އާމްދަނީ | 4 މަސް | 6 މަސް |
7 ދުވަސް | 15 ދުވަސް | 40 ގަޑިއރު | 1،400 ރ، ނުވަތަ 7 ދުވަހުގެ އާމްދަނީ | 1 މަސް | 1.5 މަސް |
(ށ) ގޭގައި ބަންދު ކުރުން
ގޭގައި ބަންދުކުރުން ނުވަތަ ފަރުވާގެ ޕްރޮގްރާމް ކުށްވެރިޔާގެ ގޭގައި ނުވަތަ ބަންދުކުރާ މަރުކަޒެއް ފިޔަވާ އެހެން ތަނެއްގައި، ބަންދުކުރާ ކުރުމެވެ. މިގޮތުން ބަންދުކުރެވިފައިވާ މީހާ އޭނާ ބަންދުކުރެވިފައިވާ ގެއިން ގަވާއިދާ ހިލާފަށް ބޭރަށް ނިކުމެގެން ނުވާނެއެވެ. އަދި ގަވާއިދާ ހިލާފަށް ނުކުމެއްޖެނަމަ، އޭނާގެ މައްޗަށް އިތުރު އަދަބު ކަނޑައެޅިދާނެއެވެ.
(ނ) ޖޫރިމަނާ
އެކުރި ކުށުގެ އަދަބުގެގޮތުން ކުށްވެރިޔާ، ޖޫރިމަނާ ކޮށް އެ ޖޫރިމަނާގެ ފައިސާ ދައުލަތަށް ދެއްކުމަށް އެންގިދާނެއެވެ. އަދި މިގޮތުން ކުރެވޭ ޖޫރިމަނާގެ އަދަދު ވާންވާނީ މި ގާނޫނު ހުއްދަކުރާ މިންވަރަށް ވުރެ އިތުރުނުވާ އަދަދަކަށެވެ.
(ރ) މުޖްތަމައަށް ހިދުމަތް ކުރުން
ކުށުގެ އަދަބުގެ ގޮތުން ކުށްވެރިޔާ މުޖްތަމައަށް ފައިދާ ކުރަނިވި ކަމެއް ނުވަތަ މަސައްކަތެއް ނުވަތަ ހިދުމަތެއް ކުރުމަށް ކޯޓުން ހުކުމް ކުރެވިދާނެއެވެ. މިގޮތުން ކުރާ ހުކުމަކީ އެ ކުށްވެރިއަކު ލަދުވެތި ކުރުވުން ކަމުގައި ނުވިނަމަވެސް އެކަންކަން ނުވަތަ މަސައްކަތް ނުވަތަ ހިދުމަތް ވާންވާނީ ކުށްވެރިޔާއާއި މުޖްތަމައުގެ ކުރިމަތީގައި އަދަބެއްގެ ގޮތުގައި ބަލައިގަނެވޭ ކަންކަމަށެވެ.
(ބ) އުޅޭނޫޅޭގޮތް ގާތުން ބެލުން
އުޅޭނޫޅޭގޮތް ގާތުން ބެލުމަކީ ކުށްވެރިޔާ އުޅޭނޫޅޭގޮތް ވަރަށް ގާތުން ބަލާބެލުމެވެ. ކުށްވެރިޔާއަށް ވަކި ބަޔަކާ ބައްދަލުނުކުރެވޭގޮތަށް ކަނޑައެޅުމާއި، ބައެއް ތަންތަނަށް ނުދެވޭގޮތަށް އަމުރުކުރުމާއި، ބައެއް ތަންތަން ނޫން ތަނަކަށް ނުދެވޭގޮތަށް (މަސައްކަތްކުރާ ތަނާއި ދިރިއުޅޭތަން ފަދަ) އަމުރުކުރުމާއި، ކުށްވެރިޔާ ކަނޑައެޅޭ ވަކި ގަޑިތަކެއްގައި މެނުވީ ގެއިން ނުވަތަ ހުއްދަ ކުރެވިފައިވާ ތަނުން ބޭރަށް ނުދިއުމަށް އަމުރުކުރުމާއި، ކަނޑައެޅޭ ވަކި އުސޫލެއްގެ މަތިން މަސްތުވާއެއްޗެއް ނުވަތަ ބަނގުރާ ބޭނުންކޮށްފައިވޭތޯ ބެލުމަށްޓަކައި ކުރާ ޓެސްޓްކުރަން އެންގުމާއި، ކުށްވެރިޔާގެ ހަށިގަނޑާއި، އޭނާ އުޅޭ ތަން ދުރާލާ އެންގުމަކާ ނުވަތަ އިތުރު ހުއްދައަކާ ނުލައި ބަލައި ފާސްކުރުމަށް އެންގުމާއި، ކަނޑައެޅޭ ތައުލީމީ ނުވަތަ އެނޫންވެސް ޕްރޮގްރާމެއްގައި ކުށްވެރިޔާ ބައިވެރިވުމަށް ނުވަތަ ވަކި ބާވަތެއްގެ ވަޒީފާއެއްގައި ދެމިހުރުމަށް އެންގުމާއި، މިނޫންވެސް ކުށްވެރިޔާގެ ފަރާތުން އާންމުން ސަލާމަތް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައްއަޅައި، ކުށްވެރިޔާ އެނބުރި މުޖްތަމައަށް އައުން އަވަސްކުރުމާއި އޭނާ އެކުޅަ ކުށަށް ހައްގު އަދަބު ލިބިދިނުމަށްޓަކައި މަތީގައި ބަޔާންކުރެވުނު ކަންކަމާއި އެކަންކަމުގެ އިތުރުންވެސް ކޯޓަށް ފެންނަ އަމުރުކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ. އުޅޭނޫޅޭގޮތް ކައިރިން ބެލުމުގައި ކުށްވެރިޔާ ވަކި ހާއްސަ ފަރުވާގެ ޕްރޮގްރާމެއްގައި ބައިވެރިވުން ހިމެނިދާނެއެވެ. ފަރުވާގެ ޕްރޮގްރާމަކީ ކުށްވެރިޔާ ދެވިހިފާފައިވާ ކަންކަން ރަނގަޅުކުރުމަށް ނުވަތަ އޭނާ ކުށްކުރުމަށް އެހީތެރިވާ ސިފަތައް އިސްލާހުކުރުމަށް، ފަރުވާދޭ މަރުކަޒެއްގައި ފަރުވާ ހޯދުމެވެ. އެފަދަ ފަރުވާގެ ޕްރޮގްރާމެއްގައި ބައިވެރިވާ ކުށްވެރިޔާ، އެ ޕްރޮގްރާމްގެ ފަރާތުން ކަނޑައަޅާ ކަންކަން ކުރުމަކީ ގާނޫނީ ގޮތުން އޭނާގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ.
(ޅ) ޕްރޮބޭށަން
ޕްރޮބޭށަންއަކީ އުޅޭނޫޅޭގޮތް ކައިރިން ބަލާ އޮފިސަރަކާ ގަވާއިދުން ބައްދަލުކުރުމަށާއި، މަސްތުވާއެއްޗެއް ނުވަތަ ބަނގުރާ ބޭނުންކޮށްފައިވޭތޯ ބެލުމަށްކުރާ ޓެސްޓް ގަވާއިދުން ކުރުމަށާއި، ކައުންސިލިންއަށް ގަވާއިދުން ހާޒިރުވުމަށް އަމުރުކުރުމާއި، އޭނާގެ ފަރާތުން އެހެން މީހުން ހިމާޔާތްކުރުމަށްޓަކައި ވީހާވެސް ކުޑަ މިންވަރަކަށް ކުށްވެރިޔާއަށް ކަންކަން މަނާކުރުމާއެކު، ކުށްވެރިޔާ އެނބުރި މުޖްތަމައަށް އައުން އަވަސްކުރުމާއި އޭނާ ކުޅަކުށަށް ހައްގު އަދަބު ލިބިދިނުން ހިމެނޭ ގޮތުގެމަތިން، ވަކި ކަންކަން މަނާކުރުމާއެކު ކުށްވެރިޔާ ދޫކޮށްލާފައި ހުންނަ މުއްދަތެވެ.
އެއް ކުށަށް ވުރެ ގިނަ ކުށަށް އަދަބުދިނުން
1006 ވަނަ މާއްދާ - އެއް ކުށަށްވުރެ ގިނަ ކުށަށް އަދަބުދިނުން
ކުށްވެރިޔާގެ މައްޗަށް އެއް ކުށަށްވުރެ ގިނަ ކުށް ސާބިތުވާ ހާލަތްތަކުގައި އޭނާގެ މައްޗަށް ސާބިތުވެފައިވާ ކުށްތަކަށް އަދަބު ކަނޑައެޅުމުގައި އަމަލުކުރާނީ އަންނަނިވި ގޮތުގެމަތިންނެވެ.
(ހ) ކުށްވެރިޔާގެ މައްޗަށް ސާބިތުވާ ކޮންމެ ކުށަކަށްމެ އަދަބު ކަނޑައަޅާނީ އެ ކުށަކަށް ވަކިން، އެ ކުށެއްގެ ދަރަޖައާއި، އަދަބު ކަނޑައެޅުމުގައި ބަލަންޖެހޭ އެންމެހާ ކަންކަން ބެލުމަށްފަހު، އެއީ އޭނާގެ މައްޗަށް ސާބިތުވި ހަމައެކަނި ކުށް ކަމަށް ބަލައިގެންނެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އަދަބު ކަނޑައަޅަންޖެހޭ ގޮތަށް ބަލައި، ކުށްވެރިޔާގެ މައްޗަށް ކަނޑައަޅާ އަދަބުގެ މުއްދަތަކަށްވާނީ:
- އެންމެ ބޮޑު ކުށަށް، ނުވަތަ އަދަބުގެ މުއްދަތު އެންމެ ދިގު ކުށަށް، އެ ކުށަށް ކަނޑައެޅެން އޮތް އަދަބުގެ އެންމެ ދިގު މުއްދަތެވެ.
- ދެވަނައަށް އެންމެ ބޮޑު ކުށަށް، ނުވަތަ އަދަބުގެ މުއްދަތު ދެވަނައަށް އެންމެ ދިގު ކުށަށް، ކަނޑައަޅަންޖެހޭ އަދަބުގެ މުއްދަތުގެ ދެބައިކުޅަ އެއްބައި.
- ތިންވަނައަށް އެންމެ ބޮޑު ކުށަށް، ނުވަތަ އަދަބުގެ މުއްދަތު ތިންވަނައަށް އެންމެ ދިގު ކުށަށް، ކަނޑައަޅަންޖެހޭ އަދަބުގެ ހަތަރުބައި ކުޅަ އެއްބައި.
- ހަތަރުވަނައަށް އެންމެ ބޮޑު ކުށަށް، ނުވަތަ އަދަބުގެ މުއްދަތު ހަތަރުވަނައަށް އެންމެ ދިގު ކުށަށް، ކަނޑައަޅަންޖެހޭ އަދަބުގެ އަށްބައިކުޅަ
- މަތީގައި ބަޔާން ކުރެވުނު އުސޫލުން ހުރިހާ ކުށަކަށްމެ އަދަބު ކަނޑައެޅުން. އެގޮތުން އަދަބު ކަނޑައެޅުމުން ކުށްވެރިޔާގެ މައްޗަށް ކަނޑައެޅޭ އަދަބުގެ ޖުމްލަ ކޮންމެ ކުށަކާ ގުޅިގެން އިތުރުވެގެން ދާނެއެވެ. އެހެންނަމަވެސް އިތުރުވާ ކޮންމެ ކުށަކާ ގުޅިގެން އެ ކުށަކަށް ކަނޑައެޅޭ އަދަބު، މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުން (4) ވަނަ ނަންބަރަށް ބަޔާންކޮށްފައިވާ އުސޫލުން ދާނީ ކުޑަވަމުންނެވެ.
(ނ) އެއްފަހަރާ ދެކުށަކަށް ބަންދުގެ އަދަބު ތަންފީޒުނުކުރުން
އެއް ކުށަށްވުރެ ގިނަކުށަށް ބަންދުގެ އަދަބު ކަނޑައެޅިފައިވާ ހާލަތްތަކުގައި، ކޮންމެ ކުށަކަށްމެ ކަނޑައެޅޭ އަދަބު ތަންފީޒުކުރާނީ ވަކިވަކިންނެވެ.
(ރ) އަދަބުގެ މުއްދަތާއި ކުށުގެ ނުރައްކާތެރިކަން އެއްވަރުވުން
އެއް ކުށަށްވުރެ ގިނަ ކުށުން ކުށްވެރިޔާ ކުށްވެރިވާ ހާލަތްތަކުގައި، އެ ދެ ކުށަކީ ނުވަތަ ކުށްތަކަކީވެސް ކުށުގެ ބޮޑުމިނަށް ބަލާއިރު އެއްވަރުގެ ދެ ކުށަށް ނުވަތަ ކުށްތަކަށްވާނަމަ، ނުވަތަ ކަނޑައަޅަންޖެހޭ އަދަބުގެ މުއްދަތު އެއްވަރުގެ ކުށްތަކެއްނަމަ، އެ ކުށްތަކުގެ ތެރެއިން އެއް ކުށަކީ އަނެއް ކުށަށްވުރެ ބޮޑު ކުށެއްކަމަށް ކޯޓުން ބަލައި، މި މާއްދާގައިވާ އުސޫލުން އަދަބު ކަނޑައަޅާނީއެވެ.
އަދަބު ކަނޑައަޅާ ކޯޓުގެ ބާރުތައް
1007 ވަނަ މާއްދާ - އަދަބު ކަނޑައެޅުމުގެ ބާރު
(ހ) ކުށްވެރިޔާގެ މައްޗަށް ޖަލަށްލައިގެން ދޭ އަދަބުތަކާއި ޖަލަށްނުލައި ދޭ އަދަބުތައް ދިނުމުގެ އިތުރަށް، ކުށްވެރިޔާ ވަކި ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އަމުރުކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ. މިގޮތުން ކުރާ އަމުރު، އެހެން އަދަބުތަކުގެ މުއްދަތަށް ވުރެ ދިގު މުއްދަތަކަށް ދެމިއޮވެދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ވަކިކަމެއް ކުރުމަށް ކޯޓުން ކުރާ އަމުރަކީ އަދަބެއްގެ ގޮތުގައި ބެލެވޭނެ އަމުރެވެ. އަދި މިފަދަ އަމުރު ނެރޭ ހާލަތްތަކުގައި އެ އަމުރުގެ ކުޑަބޮޑު މިނަށް ބަލައި ކުށްވެރިޔާގެ މައްޗަށް ކަނޑައަޅާ އެހެން އަދަބު ކުޑަކުރަން ވާނެއެވެ.
ކައްފާރާ
1008 ވަނަ މާއްދާ - ކައްފާރާ
މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން އިސްލާމީ ށަރީއަތުގައި ކައްފާރާގެ އަދަބު ކަނޑައަޅާފައިވާ ކުށްތަކަށް ކައްފާރާގެ އަދަބު ކަނޑައަޅަންވާނެއެވެ.
1100 ވަނަ ބާބު
އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށް ގެންނަންޖެހޭ ބަދަލުތައް
1100 ވަނަ މާއްދާ - އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑާ އެއްގޮތަށް އަމަލުކުރުން
1101 ވަނަ މާއްދާ - ކުށް މާނަކުރުމުގައި، އެކުށެއްގައި ފުރިހަމަވާންޖެހޭނެކަމަށް ބަޔާންކޮށްފައިވާ މިންވަރަށްވުރެ، ކުށުގެ ނިޔަތާގުޅޭ ރުކުންތައް އިތުރުވާނަމަ، އަދަބުގެ މިންވަރު މަތިވުން
1102 ވަނަ މާއްދާ - ބޮޑު ގެއްލުމެއް ދިނުމުގެ ސަބަބުން އަދަބުގެ ދަރަޖަ މަތިވުން
1103 ވަނަ މާއްދާ - ފަރުވާލެއްނެތް އަނިޔާވެރިކަމެއް ދެއްކުމުގެ ސަބަބުން ކުށުގެ އަދަބުގެ މިންވަރު މަތިވުން
1104 ވަނަ މާއްދާ - ކުށެއްގެ ރެކޯޑަށް ބަލައި ކުށުގެ އަދަބުގެ މިންވަރު މަތިވުން ނުވަތަ ދަށްވުން
1105 ވަނަ މާއްދާ - އަނިޔާލިބުނު މީހާއަށް ބަދަލުދޭން އިންކާރުކުރުމުގެ ސަބަބުން އަދަބުގެ ދަރަޖަ މަތިވުން
1106 ވަނަ މާއްދާ - ކުށްވެރިޔާ ކުށާމެދު ދެރަވާކަން އާންމުންގެ ތެރޭގައި ފާޅުކުރުމުގެ ސަބަބުން އަދަބުގެ ދަރަޖަ ދަށްވުން
1107 ވަނަ މާއްދާ - ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް، އެކަށީގެންވާ މިންވަރަކަށް އެއްބާރުލުން ދިނުމުގެ ސަބަބުން އަދަބުގެ މިންވަރު ދަށްވުން
1108 ވަނަ މާއްދާ - މުޅިން ފުރިހަމަނުވާ ދިފާއެއް އޮތުމުގެ ސަބަބުން އަދަބުގެ މިންވަރު ދަށްވުން
1109 ވަނަ މާއްދާ - މުޅިން ފުރިހަމަނުވާ މައާފު ލިބެނިވި ދިފާއެއް އޮތުމުގެ ސަބަބުން އަދަބުގެ ދަރަޖަ ދަށްވުން
1110 ވަނަ މާއްދާ - ސިކުނޑިއަށް ނުވަތަ ޖަޒްބާތަށް އިންތިހާއަށް އަސަރުކޮށްފައިވުމުގެ ސަބަބުން އަދަބުގެ ދަރަޖަ ދަށްވުން
އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑާ އެއްގޮތަށް އަމަލުކުރުން
1100 ވަނަ މާއްދާ - އާންމު އުސޫލު
(ހ) މި ގާނޫނުގެ ކުށް މާނަކުރާ މާއްދާތަކުގައި އަދަބު ކަނޑައެޅުމުގައި ރިއާޔަތް ކުރަންޖެހޭ ކަންތައްތަކުގެ އަލީގައި އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށް ގެންނަންޖެހޭ ބަދަލުތަކުގެ އިތުރުން، މި ބާބުގައި ބަޔާންކޮށްފައިވާ މާއްދާތަކާ އެއްގޮތްވާ ގޮތުގެމަތިންވެސް އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށް ބަދަލު ގެންނަންވާނެއެވެ.
(ށ) ފުށުނާރާގޮތަށް އަމަލުކުރުން
އަދަބު ކަނޑައެޅުމުގައި ރިއާޔަތް ކުރަންޖެހޭ އާންމު ކަންކަމަކީ ކުށް މާނަކުރާ މާއްދާގައި، ނުވަތަ ކުށުގެ ދަރަޖަ ބަޔާންކުރާ މާއްދާގައި ނުވަތަ އަދަބު ކަނޑައެޅުމުގައި ރިއާޔަތް ކުރަންޖެހޭ ކަންކަމުގެ ތެރޭގައި ބެލެވިފައިވާ ކަންކަމަށްވާނަމަ، އަދަބު ކަނޑައެޅުމުގައި ރިއާޔަތް ކުރަންޖެހޭ އާންމު އުސޫލަށް އިތުރަށް ރިއާޔަތް ކުރަންވާނީ ހަމައެކަނި މަތީގައި ބަޔާންކުރެވުނު ކަންތައްތަކުގެ ތެރެއިން ރިއާޔަތް ނުކުރެވި ހުރި ކަންކަމަށް އެކަންޏެވެ.
ކުށް މާނަކުރުމުގައި، އެކުށެއްގައި ފުރިހަމަވާންޖެހޭނެކަމަށް ބަޔާންކޮށްފައިވާ މިންވަރަށްވުރެ،
ކުށުގެ ނިޔަތާގުޅޭ ރުކުންތައް އިތުރުވާނަމަ، އަދަބުގެ މިންވަރު މަތިވުން
1101 ވަނަ މާއްދާ - ކުށުގެ ނިޔަތާގުޅޭ ރުކުންތައް އިތުރުވާ ހާލަތްތަކުގައި އަދަބުގެ މިންވަރު މަތިވުން
ކުށްވެރިޔާގެ މައްޗަށް ސާބިތުވި ކުށް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށްވުރެ މަތީ މިންވަރަކަށް ކުށުގެ ނިޔަތާގުޅޭ ރުކުންތައް، މި ގާނޫނުގެ 24 ވަނަ މާއްދާ (ކުށުގެ ނިޔަތާގުޅޭ ރުކުންތައް) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ސާބިތުވެފައިވާނަމަ، މަތިވާ ކޮންމެ ރުކުނަކަށް، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ، އެއް ދަރަޖަ މަތިވާނެއެވެ.
ބޮޑު ގެއްލުމެއް ދިނުމުގެ ސަބަބުން އަދަބުގެ ދަރަޖަ މަތިވުން
1102 ވަނަ މާއްދާ - ބޮޑު ގެއްލުމެއް ދިނުމުގެ ސަބަބުން އަދަބުގެ ދަރަޖަ މަތިވުން
(ހ) ކުށްވެރިޔާ ކުރި ކުށަކީ:
- އަންނަނިވި އާންމު މަސްލަހަތަށް ގެއްލުންވާ ކަންކަމަށްވާނަމަ:
- އާންމު ހިދުމަތެއް ފޯރުކޮށްދޭ ވަސީލަތެއް، ނުވަތަ އާންމު މުއައްސަސާއެއްގެ ނުވަތަ އާންމު ހިދުމަތަކަށް އެކަށީގެންވާ ބޮޑު ހުރަހެއް އެޅުން ނުވަތަ ގެއްލުމެއް ދިނުން؛ ނުވަތަ
- އާންމު ހިދުމަތެއް ފޯރުކޮށް ދޭ ވަސީލަތަކާ މެދު، ނުވަތަ އާންމު މުއައްސަސާއަކާމެދު ނުވަތަ އާންމު ހިދުމަތަކާ މެދު އާންމުންގެ މެދުގައި އޮންނަ އިތުބާރު، އެކަށީގެންނުވާ މިންވަރަކަށް ގެއްލުވާލާފަދަ އަމަލެއް؛ ނުވަތަ
- ދައުލަތުގެ މުދަލަކަށް ގެއްލުމެއްދިނުން، ނުވަތަ ދައުލަތުގެ މުދަލަކުން ދައުލަތް މަހްރޫމްކުރުވުން ނުވަތަ ދައުލަތުގެ އޭޖެންޓަކަށް އަނިޔާކުރުން؛ ނުވަތަ
- ކުށްކުރި މީހާ އެކުށް ކުރީ، އަންނަނިވި ސަބަބުތަކުގެ ތެރެއިން ސަބަބަކާހުރެ، އެ ކުށުގެ އަމަލުގެ ސަބަބުން އަނިޔާއެއް ލިބުމުގެ ފުރުސަތު ބޮޑު މީހަކާމެދުނަމަ،
- ކުޑަކުއްޖަކު، ނުވަތަ އުމުރުން 65 އަހަރު ވެފައިވާ، ނުވަތަ މާއްދީ ނުވަތަ ފިކުރީ ހިއްސަކަށް އުނިކަން ލިބިފައިވާ، ނުވަތަ ކުށްވެރިޔާއަކީ ކުށުގެ އަމަލު ހިންގުނު މީހާގެ މަސްލަހަތަށްޓަކައި އަމަލު ކުރުމުގެ ގާނޫނީ ޒިންމާ އޮތް މީހަކުނަމަ، ނުވަތަ
- މަތީގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކަމެއް ނުވަތަ ކަންތައްތަކެއް މެދުވެރިވާ ހިނދު، ނުވަތަ
- ސަގާފީ ނުވަތަ ތިމާވެށީގެ ނުވަތަ ދީނީ ނުވަތަ ތާރީހީ ގޮތުން މުހިއްމުކަންދެވޭ ތަނެއް ނުވަތަ އެއްޗެއް ނުވަތަ މުދަލަކަށް ގެއްލުން ދިނުން؛ ނުވަތަ
- ކުށް މާނަކުރާ މާއްދާތަކުގައި އެކުށް ފުރިހަމަވުމަށް ބޭނުންވާ ގެއްލުމުގެ މިންވަރަށްވުރެ، އެކަށީގެންވާ ބޮޑު މިންވަރަކަށް އެކުށުގެ ސަބަބުން ގެއްލުންވެފައިވުން.
(ށ) މަތީގައި ބަޔާން ކުރި ނުކުތާ ތަކުގެ ތެރެއިން ނުކުތާއެއް ފުރިހަމަވާ ހިނދު މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށަށް ކަނޑައަޅަންޖެހޭ އަދަބުގެ މިންވަރު 1 ދަރަޖައަށް، އަދި 2 ނުކުތާ ފުރިހަމަވާ ހިނދު 2 ދަރަޖައަށް އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ މަތިވާނެއެވެ. އަދި އެކުށަކަށް ކަނޑައަޅަންޖެހޭ އަދަބުގެ މިންވަރު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ 3 ދަރަޖަ މަތި ކުރެވޭނެ ހަމައެކަނި ހާލަތަކީ ކުށް މާނަކުރާ މާއްދާގައި، އެކުށް ފުރިހަމަވުމަށް ބޭނުންވާ މިންވަރަށްވުރެ، އެކަށީގެންވާ ބޮޑު މިންވަރަކަށް އެކުށުގެ ސަބަބުން ގެއްލުންވެފައިވާނަމައެވެ.
(ނ) އަންނަނިވި ހާލަތްތަކުގައި، ވަކި ތަނަކީ ނުވަތަ އެއްޗަކީ، ނުވަތަ މުދަލަކީ ސަގާފީ ގޮތުން ނުވަތަ ތިމާވެށީގެ ގޮތުން ނުވަތަ ދީނީ ގޮތުން ނުވަތަ ތާރީހީ ގޮތުން ބަލާއިރު މުހިއްމުކަން ދެވޭ ތަނެއް ނުވަތަ އެއްޗެއް ނުވަތަ މުދަލެއްކަމުގައި ބެލެވޭނެއެވެ.
-
- އެއީ ހާއްސަ މުހިއްމުކަން ދެވޭ ތަނެއް، ނުވަތަ އެއްޗެއް، ނުވަތަ މުދަލެއްކަން އާންމު މީހަކަށްވެސް އެނގޭފަދަ ތަނެއް ނުވަތަ އެއްޗެއް ނުވަތަ މުދަލަކަށްވުން، ނުވަތަ
- އެކަން ކުށްވެރިޔާއަށް ސަރީހަކޮށް އެނގިގެންވުން، ނުވަތަ
- ސަރުކާރުން ނުވަތަ ބައިނަލްއަގްވާމީ ޖަމްއިއްޔާއަކުން އެތަނަކީ، ނުވަތަ އެ އެއްޗަކީ، ނުވަތަ މުދަލަކީ، އެފަދަ ހާއްސަ މުހިއްމުކަމެއް ދެވޭ ތަނެއްކަން ނުވަތަ އެއްޗެއްކަން ނުވަތަ މުދަލެއްކަން ގަބޫލުކޮށްފައިވުން.
ފަރުވާލެއްނެތް އަނިޔާވެރިކަމެއް ދެއްކުމުގެ ސަބަބުން ކުށުގެ އަދަބުގެ މިންވަރު މަތިވުން
1103 ވަނަ މާއްދާ - ފަރުވާލެއްނެތް އަނިޔާވެރިކަމެއް ދެއްކުމުން އަދަބުގެ މިންވަރު މަތިވުން
ކުށްވެރިޔާ، ކުށުގެ އަމަލު ހިންގީ ފަރުވާލެއްނެތް އަނިޔާވެރިކަމެއް ދެއްކުމާއެކުނަމަ ނުވަތަ އިންސާނެއްގެ ގަދަރާއި ކަރާމާތަށް ކަނޑައެޅިގެން ފަރުވާތެރިކަމެއް ބެހެއްޓުމަކާނުލާނަމަ، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑު އެއް ދަރަޖަ މަތިވާނެއެވެ.
ކުށެއްގެ ރެކޯޑަށް ބަލައި ކުށުގެ އަދަބުގެ މިންވަރު މަތިވުން ނުވަތަ ދަށްވުން
1104 ވަނަ މާއްދާ - ކުށުގެ ރެކޯޑެއް އޮތުމުން ކުށުގެ މިންވަރު މަތިވުން
(ހ) ކުށްވެރިޔާ ކުށް ކުރިއިރު؛
- އެކުށް ކުރި ތާރީހުގެ 6 އަހަރު ދުވަސް ކުރިން ޖިނާޔަތުގެ ކުށެއް އޭނާގެ މައްޗަށް ސާބިތުވެފައިވާނަމަ، އެ ކުށް ކުރި ތާރީހުން ފެށިގެން ވޭތުވެދިޔަ 2 އަހަރު ތެރޭގައި ޖުނަހްގެ ކުށެއް ސާބިތުވެފައިވާނަމަ، އެކުށަކަށް ކަނޑައަޅަންޖެހޭ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ 1 ދަރަޖަ މަތިވާނެއެވެ، ނުވަތަ
- އެކުށް ކުރި ތާރީހުގެ 6 އަހަރު ދުވަސް ކުރިން އެއް ކުށަށް ވުރެ ގިނަ ޖިނާޔަތުގެ ކުށް ސާބިތުވެފައިވާނަމަ، ނުވަތަ ޖިނާޔަތުގެ އަނިޔާވެރި ކުށެއް ވޭތުވެދިޔަ 10 އަހަރު ތެރޭގައި ސާބިތުވެފައިވާނަމަ، އެ ކުށަކަށް ކަނޑައަޅަންޖެހޭ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ 2 ދަރަޖަ މަތިވާނެއެވެ، ނުވަތަ
- އެކުށް ކުރި ތާރީހުގެ ކުރިން ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި ޖިނާޔަތުގެ އަނިޔާވެރި 3 ކުށް ސާބިތުވެފައިވާނަމަ، އެ ކުށަކަށް ކަނޑައަޅަންޖެހޭ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށް ވުރެ 3 ދަރަޖަ މަތިވާނެއެވެ.
(ށ) އެއްބާވަތުގެ ކުށް ކޮށްފައިވާނަމަ ކުށުގެ މިންވަރު މަތިވުން
ކުށްވެރިޔާގެ މައްޗަށް ސާބިތުވި ކުށަކީ ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި އެ ބާވަތުގެ ކުށެއް އޭނާގެ މައްޗަށް ސާބިތުވި ދެވަނަ ފަހަރު ކަމަށްވާނަމަ އެ ކުށަށް ކަނޑައަޅަންޖެހޭ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ 1 ދަރަޖަ މަތިވާނެއެވެ.
(ނ) ދެކުށުގެ ދެމެދުވާ ވަގުތު ގުނުން
މި މާއްދާގެ ބޭނުމަށްޓަކައި ދެކުށުގެ ދެމެދުގައި ހޭދަވާ ވަގުތު ގުނުމުގައި، ކުށްވެރިޔާ އެހެން ކުށެއްގެ އަދަބު ތަންފީޒުކުރުމުގެ ގޮތުން ބަންދުކޮށްފައި ހުންނަ މުއްދަތު، ކޯޓުން ހިމަނައިގެން ނުވާނެއެވެ.
(ރ) އާދަޔާ ހިލާފު އަމަލުގެ ސަބަބުން ކުށުގެ ދަރަޖަ ދަށްވުން
ކުށްވެރިޔާ ކުށުގެ އަމަލު ހިންގީ:
- އެކުށް ކުރުމަށް އެކަށީގެންވާ ވަރަށް ތައްޔާރުވުމަކާ ނުލައި، ވަރަށް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ކަމަށްވެފައި،
- ކުށްވެރިޔާގެ އާންމު ސުލޫކާނުގުޅޭ އާދަޔާ ހިލާފު ހާލަތެއްގައިކަން ދޭހަކޮށްދޭ ވަގުތެއްގައި ކަމަށްވެފައި،
- ކުށްވެރިޔާއަކީ އެ ކުށް ކުރުމުގެ ކުރިން ގާނޫނާއި ގަވާއިދަށް ހުރުމަތްތެރިކޮށް ހިތަމުން އައި މީހެއްކަމަށްވާނަމަ، އޭނާގެ މައްޗަށް ދައުވާކުރެވިފައިވާ ކުށްތަކުގެ އަދަބުގެ ދަރަޖަ، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަޑަށްވުރެ 1 ނުވަތަ 2 ދަރަޖަ ދަށްކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ. މިގޮތުން އަދަބުގެ ދަރަޖަ ކޯޓުން ދަށް ކުރަންވާނީ އެއީ އިންސާފުވެރިގޮތް ކަމަށް ކޯޓަށް ފެންނަ ނަމައެވެ.
(ބ) ކުޑަކުއްޖަކު ކުރާ ކުށްތައް
ކުށްވެރިޔާގެ ކުށުގެ ރެކޯޑަށް ބެލުމުގައި އޭނާގެ އުމުރުން 18 އަހަރު ފުރުމުގެ ކުރިން ކޮށްފައިވާ ޖިނާޔަތުގެ ކުށްތައް ގުނަންވާނެއެވެ. ނަމަވެސް އުމުރުން 18 އަހަރު ފުރުމުގެ ކުރިން ކޮށްފައިވާ ޖުނަހްގެ ކުށްތައް ކޯޓުން ގުނައިގެން ނުވާނެއެވެ.
(ޅ) ކުރީގެ ގާނޫނުގެ ދަށުން ކޮށްފައިވާ ކުށްތައް
މި މާއްދާގެ ބޭނުމަށް، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ކޮށްފައިވާ ކުށްތަކަކީ ޖިނާޔަތުގެ ކުށެއްކަން ނުވަތަ ޖުނަހްގެ ކުށެއްކަން ކަނޑައަޅާނީ މި ގާނޫނުގެ 91 ވަނަ މާއްދާ (ދަރަޖަ ކޮށްފައިނުވާ ކުށްތައް) ގައިވާ ގޮތުގެމަތިންނެވެ.
އަނިޔާލިބުނު މީހާއަށް ބަދަލުދޭން އިންކާރުކުރުމުގެ ސަބަބުން އަދަބުގެ ދަރަޖަ މަތިވުން
1105 ވަނަ މާއްދާ - ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް އިންކާރުކުރުން
(ހ) ކުށްވެރިޔާ، އޭނާ ކުރާ ކުށްވެރި އަމަލެއްގެ ސަބަބުން މީހަކަށް ނުވަތަ ގާނޫނީ ށަހްސަކަށް ލިބޭ އެންމެހާ ގެއްލުމުގެ ބަދަލު ދޭންވާނެއެވެ. މިގޮތުގެމަތިން ކުށުގެ އަމަލުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް ކުށްވެރިޔާ އިންކާރު ކުރާނަމަ، ނުވަތަ ލިބުނު ގެއްލުމުގެ ބަދަލު އެކަށީގެންވާ މުއްދަތެއްގައި ދިނުމުގެ ގޮތުން ގާނޫނީ ގޮތުން ތަބާވާންޖެހޭ އެއްބަސްވުމެއްގައި ބައިވެރިވާން އިންކާރުކުރާނަމަ، ކޯޓަށް ފެންނަ އިންސާފުވެރި ގޮތެއްގެ މަތިން، އޭނާގެ މައްޗަށް ކަނޑައަޅާ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ 1 ނުވަތަ 2 ދަރަޖަ މަތިކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
(ށ) ބަދަލުދިނުން
މި މާއްދާގެ (ހ) ގެ ދަށުން ދޭ ބަދަލު ދިނުމަކީ ކުށްވެރިޔާގެ މާލީ އަދި އެހެނިހެން ފޯރުންތެރިކަން ހުރި މިންވަރަކުން ކުށްވެރިޔާގެ އަމަލުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ލިބިގަތުމަށާއި، ގެއްލުން ލިބުނު ފަރާތް މަހްރޫމްވެފައިވާ އެކިއެކި ފައިދާތަކާއި މަންފާތަކަށް އެކަށީގެންވާ ބަދަލު ދިނުމެވެ. މިގޮތުން ކުށްވެރިޔާ ލިބިދޭންޖެހޭ ބަދަލު އެންމެ ފުރިހަމަ ގޮތުގައި އެހިނދުން އެހިނދަށް ދިނުމުގެ ގާބިލިއްޔަތުކަން އޭނާއަށް ލިބިފައި ނުވިނަމަވެސް، އޭނާގެ ގާބިލިއްޔަތު ތަންދިން އެންމެ މަތީ ދަރަޖައަކަށް، ގެއްލުން ލިބުނު މީހާއަށް ލިބުނު ގެއްލުމުގެ ބަދަލު މުސްތަގްބަލުގައި ވިޔަސް ދޭންވާނެއެވެ.
(ނ) ގެއްލުން ލިބުނު މީހާގެ ހައްގުތައް
ކުށުގެ އަމަލު ގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ކަނޑައެޅުމުގައި ގެއްލުން ލިބުނު މީހާއަށް ބައިވެރިވެވިދާނެއެވެ. ނަމަވެސް ލިބުނު ގެއްލުމުގެ ބަދަލަށް ވުރެ އިތުރު ބަދަލެއް ނުވަތަ އެއްޗެއް ލިބިގަތުމަށް އެދުމުގެ ހައްގެއް އެފަރާތަކަށް ލިބިގެނެއް ނުވެއެވެ. ގެއްލުން ލިބުނު މީހާއަކީ ތަސައްރުފު ފުދޭ މީހަކަށް ވެފައި އެ ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން ކުށްވެރިޔާ ހުށަހަޅާ ބަދަލަކީ ގެއްލުން ލިބުނު މީހާ ގަބޫލުކުރާ ބަދަލެއް ކަމަށްވާނަމަ އެއީ ސައްހަ ބަދަލެއް ކަމަށް ކޯޓުން ބަލަން ވާނެއެވެ. ލިބުނު ގެއްލުމުގެ ބަދަލާމެދު ކުށްވެރިޔާ އާއި ގެއްލުން ލިބުނު މީހާ ދެބަސްވާ ހާލަތްތަކުގައި ބަދަލާމެދު ގޮތެއް ނިންމާނީ ކޯޓުން ނެވެ.
(ރ) ގެއްލުމުގެ ބަދަލަކީ އަދަބެއްނޫނެވެ. ގެއްލުމުގެ ބަދަލު ދިނުމުގެ ގޮތުން ދައްކާ ފައިސާއަކީ، މި ގާނޫނުގެ 93 ވަނަ މާއްދާ (ހުއްދަކުރެވިފައިވާ ޖޫރިމަނާގެ
އަދަދުތައް) ގައި ބުނާ ޖޫރިމަނާއެއްކަމަށް، ނުވަތަ މި ގާނޫނުގެ 1005 ވަނަ މާއްދާއާއި 1202 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަބްދީލީ އަދަބެއްކަމަކަށް ނުބެލެވޭނެއެވެ.
ކުށްވެރިޔާ ކުށާމެދު ދެރަވާކަން އާންމުންގެ ތެރޭގައި ފާޅުކުރުމުގެ ސަބަބުން އަދަބުގެ ދަރަޖަ ދަށްވުން
1106 ވަނަ މާއްދާ - ކުށާމެދު ދެރަވުން
(ހ) ކުށްވެރިޔާގެ މައްޗަށް ދައުވާ ކުރުމުގެ ކުރިން، އޭނާ ކުޅަ ކުށާމެދު ހިތުގެ އަޑިން ދެރަވާކަން އާންމުކޮށް ފާޅުކޮށްފިނަމަ، އޭނާގެ މައްޗަށް ކަނޑައަޅަންޖެހޭ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ 2 ދަރަޖަ ދަށްވާނެއެވެ. މި މާއްދާގައިވާ ގޮތުގެމަތިން އަދަބުގެ މިންވަރު ދަށްކުރެވޭނީ، އޭނާގެ މައްޗަށް ދައުވާ ކުރުމުގެ ކުރިން އެކުށެއް ކުރިކަމަށްބުނެ، އޭނާ ކުށަށް އިއްތިރާފްވާ ހާލަތްތަކުގައެވެ.
(ށ) ކުށަށް އިއްތިރާފްވުން
ކުށްވެރިޔާގެ މައްޗަށް ދައުވާ ކުރެވިފައި ވީނަމަވެސް އެ މައްސަލައިގެ ށަރީއަތް ނުފެށޭހާހިނދަކު، ކުށްވެރިޔާ އެ ކުރި ކުށަށް އިއްތިރާފްވެއްޖެނަމަ، އޭނާގެ މައްޗަށް ކަނޑައަޅަންޖެހޭ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ 1 ދަރަޖަ ދަށްވާނެއެވެ.
ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް، އެކަށީގެންވާ މިންވަރަކަށް އެއްބާރުލުން ދިނުމުގެ ސަބަބުން އަދަބުގެ މިންވަރު ދަށްވުން
1107 ވަނަ މާއްދާ - އެއްބާރުލުން ދިނުން
(ހ) ކުށްވެރިޔާ، ކުށެއް ކުރުމަށްފަހު، އެކުށް ކުރުމުގައި އޭނާއާ ބައިވެރިވި މީހުން ހިފާ ހައްޔަރުކޮށް، އެ މީހުންގެ މައްޗަށް ދައުވާ ކުރުމުގައި ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް އެކަށީގެންވާ މިންވަރަށް އެއްބާރުލުން ދީފައިވާނަމަ، އެ ކުށަކަށް އޭނާގެ މައްޗަށް ކަނޑައަޅަންޖެހޭ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ 1 ނުވަތަ 2 ނުވަތަ 3 ދަރަޖަ ދަށް އަދަބެއް ކަނޑައަޅައި ދިނުމަށް އެދި، ދައުލަތުން ކޯޓުގައި ދެންނެވިދާނެއެވެ.
(ށ) ދައުލަތުގެ އިހްތިޔާރީ ބާރު
މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އަދަބުގެ މިންވަރު ދަށްކޮށްދިނުމަށް ދައުލަތުން ހުށަހެޅުމުން، އެ ހުށަހެޅުމާ އެއްގޮތަށް ކޯޓުން އަމަލު ކުރަންވާނެއެވެ. އަދި އަދަބުގެ މިންވަރު ދަށްކޮށްދިނުމަށް ދައުލަތުން ނޭދޭހާހިނދަކު، ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް އެކަށީގެންވާ މިންވަރަކަށް އެއްބާރުލުން ދީފައިވާކަމަށް ބަލައި، އަދަބުގެ ދަރަޖަ ކޯޓުން ދަށްކޮށްގެން ނުވާނެއެވެ.
މުޅިން ފުރިހަމަނުވާ ދިފާއެއް އޮތުމުގެ ސަބަބުން އަދަބުގެ މިންވަރު ދަށްވުން
1108 ވަނަ މާއްދާ - ފުރިހަމަނުވާ ދިފާއެއްގެ ސަބަބުން އަދަބުގެ މިންވަރު ދަށްވުން
ކުށްވެރިޔާ، ކުށުގެ އަމަލު ހިންގީ، އޭނާއަށް މި ގާނޫނުގެ 40 ވަނަ ބާބު (ހުއްދަ ކުރެވިގެންވާ ދިފާއު) ގައި ބަޔާންކޮށްފައިވާ ހުއްދަ ކުރެވިފައިވާ ދިފާއެއް އޮތްކަމަށް ގަބޫލުކުރެވިގެން ކަމަށްވާނަމަ، އޭނާގެ މައްޗަށް ކަނޑައަޅަންޖެހޭ އަދަބު، އަންނަނިވި ގޮތުގެމަތިން، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ ދަށްވާނެއެވެ.
(ހ) އެއްދަރަޖަ، ނުވަތަ
(ށ) ކުށްވެރިޔާ ކުޅަ ކުށުގެ އަމަލާއި، ކުށުގެ ބާވަތާއި، އެކުށް ކުރި ހާލަތަށް ރިއާޔަތްކުރާއިރު، ހުއްދަ ކުރެވިފައިވާ ދިފާއުގެ ހާލަތެއް ފުރިހަމަވުމާ ކައިރިވެފައިވާނަމަ، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ 2 ދަރަޖަ.
މުޅިން ފުރިހަމަނުވާ މައާފު ލިބެނިވި ދިފާއެއް އޮތުމުގެ ސަބަބުން އަދަބުގެ ދަރަޖަ ދަށްވުން
1109 ވަނަ މާއްދާ - ފުރިހަމަނުވާ މައާފު ލިބެނިވި ދިފާއެއްގެ ސަބަބުން އަދަބުގެ މިންވަރު ދަށްވުން
ކުށްވެރިޔާ ކުށުގެ އަމަލު ހިންގިއިރު، މި ގާނޫނުގެ 50 ވަނަ ބާބު (މައާފު ލިބެނިވި ދިފާއު) ގައި ބަޔާންކުރާ މައާފު ލިބެނިވި ދިފާއެއް ފުރިހަމަވުމަށް ބޭނުންވާ ށަރުތުތަކުގެ ތެރެއިން އެކަށީގެންވާ ގިނަ ށަރުތުތަކެއް ފުރިހަވެފައިވާނަމަ، އޭނާގެ މައްޗަށް ކަނޑައަޅަންޖެހޭ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ އަންނަނިވި މިންވަރަށް ދަށްވާނެއެވެ.
(ހ) އެއް ދަރަޖަ، ނުވަތަ
(ށ) ކުށްވެރިޔާ ކުރި ކުށުގެ އަމަލާއި، ކުށުގެ ބާވަތާއި، ކުށްކުރި ހާލަތަށް ރިއާޔަތްކުރާއިރު، މައާފު ލިބެނިވި ދިފާއެއް ފުރިހަމަވުމާ ކައިރިވެފައިވާނަމަ، 2 ދަރަޖަ.
ސިކުނޑިއަށް ނުވަތަ ޖަޒްބާތަށް އިންތިހާއަށް އަސަރުކޮށްފައިވުމުގެ ސަބަބުން އަދަބުގެ ދަރަޖަ ދަށްވުން
1110 ވަނަ މާއްދާ - ސިކުނޑިއަށް ނުވަތަ ޖަޒްބާތަށް ކުރާ އަސަރަކާ ގުޅިގެން އަދަބުގެ މިންވަރު ދަށްވުން
(ހ) ކުށްވެރިޔާ، ކުށުގެ އަމަލު ކުރީ އަންނަނިވި ހާލަތްތަކުގައި ކަމަށްވާނަމަ، އޭނާގެ މައްޗަށް ކަނޑައަޅަންޖެހޭ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މިންވަރަށް ދަށްވާނެއެވެ.
- އޭނާގެ ސިކުނޑިއަށް ނުވަތަ ޖަޒުބާތަށް އިންތިހާއަށް އަސަރުކޮށްފައިވާ ދަނޑިވަޅެއްގައި، އެކަމުގެ ނުފޫޒުގައި ހުރެކަމަށްވުން،
- އެކުރި އަމަލަށް އެކަށީގެންވާ ސަބަބެއް އޮތުމާއި، އެ ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން އެ އަމަލު ކުރިމީހާ ހުރިކަމަށް ގަބޫލުކުރެވޭ ހާލަތުގައި ހުންނަ އެހެން މީހެއްގެ ނަޒަރުން ކަނޑައެޅިގެން ދިއުން.
(ށ)
- އެއް ދަރަޖަ، ނުވަތަ
- އޭނާއަށް ކުރެވޭ ނުކުރެވޭކަންކަން ނޭނގޭ މިންވަރަށް ނުވަތަ އޭނާގެ އަމަލުތައް ކޮންޓްރޯލް ނުކުރެވޭ މިންވަރަށް ކުށްވެރިޔާގެ ސިކުނޑިއަށް ނުވަތަ ޖަޒްބާތަށް އަސަރުކޮށްފައިވާނަމަ، 2 ދަރަޖަ.
1200 ވަނަ ބާބު
އަދަބު ކަނޑައެޅުމުގެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމުގެ ހުދޫދު
1200 ވަނަ މާއްދާ - އަދަބުގެ ދަރަޖަ މަތިވުމާއި ދަށްވުން
1201 ވަނަ މާއްދާ - އަދަބެއްގެ ގޮތުން ޖަލަށްލުން
1202 ވަނަ މާއްދާ - ޖަލަށްލުން ފިޔަވައި ދެވޭ އެހެނިހެން އަދަބުތައް
1203 ވަނަ މާއްދާ - ޖަލަށްލުން ފިޔަވައި ދެވޭ އެހެނިހެން އަދަބުތަކުގެ ށަރުތުތަކާ އެއްގޮތަށް އަމަލުނުކުރުން
1204 ވަނަ މާއްދާ - މަރުގެ އަދަބު
1205 ވަނަ މާއްދާ - ހައްދުގެ ކުށްތައް
އަދަބުގެ ދަރަޖަ މަތިވުމާއި ދަށްވުން
1200 ވަނަ މާއްދާ - އަދަބުގެ ދަރަޖަ މަތިވުމާއި ދަށްވުން
(ހ) އަދަބުގެ ދަރަޖަ މަތިވުމާއި ދަށްވުން
ކުށުގެ އަދަބުގެ މިންވަރު މަތިކުރާ ނުކުތާތައް ކިތަންމެ ގިނަކަމުގައިވިޔަސް، މި ގާނޫނުގެ 92 ވަނަ މާއްދާއާއި 93 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ ބޮޑު އަދަބެއް ކަނޑައެޅުމުގެ އިހްތިޔާރު، ކޯޓަށް ލިބިގެނެއްނުވެއެވެ.
(ށ) ކުށުގެ އަދަބުގެ މިންވަރު ދަށްކުރާ ނުކުތާތައް ކިތަންމެ ގިނަކަމުގައިވިޔަސް، އެކުށަކަށް އަދަބު ކަނޑަނޭޅުމުގެ، ނުވަތަ އެއްވެސް މާނައެއްނެތް އަދަބެއް ކަނޑައެޅުމުގެ އިހްތިޔާރު، ކޯޓަށް ލިބިގެނެއްނުވެއެވެ.
އަދަބެއްގެ ގޮތުން ޖަލަށްލުން
1201 ވަނަ މާއްދާ - އަދަބެއްގެ ގޮތުން ޖަލަށްލުން
(ހ) ޖަލަށްލުން
އަންނަނިވި ހާލަތްތަކުގައި އަސާސީ އަދަބަކީ ޖަލަށްލުމެވެ. ނަމަވެސް އެހާލަތްތަކުގައި ކަނޑައެޅޭ ހަމައެކަނި އަދަބަކީ ޖަލަށްލުން ކަމަށްވާކަށް ނުޖެހެއެވެ.
- މުޖްތަމައުގެ ރައްކަލަކަށްޓަކައި ކުށްވެރިޔާ މުޖްތަމައުން އެކަހެރިކޮށްފައި ބަންދުކުރުމުގެ ބޭނުންތެރިވުން؛
- ކުށްވެރިޔާ ކުރި ކުށުގެ އަމަލަކީ މުޖްތަމައު ކުށްވެރިކުރާ ނުރައްކާތެރި އަމަލެއްކަމަށް ދެއްކުމަށްޓަކައި ކުށްވެރިޔާ އެކަހެރިކޮށް ބަންދުކުރުން ކޮންމެހެން ބޭނުންތެރިވުން، ނުވަތަ
- ކުށްވެރިޔާގެ ހާލަތަށާއި، އޭނާ ކުޅަ ކުށުގެ އަމަލަށް ބަލާއިރު، އެކަހެރިކޮށް ބަންދުކުރުން ފިޔަވައި އެކަށީގެންވާ އެހެން އަދަބެއް ނެތުން.
(ށ) ބޮޑެތި ކުށްތަކުގެ އަދަބެއްގެ ގޮތުން ޖަލަށްލެވޭ އެންމެ ކުޑަ މުއްދަތު
ކުށްވެރިޔާ ކުރި ކުށަކީ ޖިނާޔަތުގެ 1 ވަނަ ނުވަތަ 2 ވަނަ ދަރަޖައިގެ ކުށެއްނަމަ، ނުވަތަ މި ގާނޫނުގެ 110 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން ޖިނާޔަތުގެ ކުށެއްނަމަ، ކަނޑައެޅޭނެ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލުގެ ދަށުން އެކުށަކަށް ކަނޑައަޅަންޖެހޭ އަދަބުގެ މަދުވެގެން ހަތަރުބައި ކުޅަ އެއްބައި ވާންވާނީ ޖަލަށްލުމުގެ އަދަބަށެވެ.
ޖަލަށްލުން ފިޔަވައި ދެވޭ އެހެނިހެން އަދަބުތައް
1202 ވަނަ މާއްދާ - ޖަލަށްލުން ފިޔަވައި ދެވޭ އެހެނިހެން އަދަބުތައް
(ހ) އާންމު އުސޫލު
ކުށްވެރިޔާ ކުރި ކުށުގެ އަދަބެއްގެ ގޮތުން ޖަލަށްލުން ފިޔަވާ އެހެން އަދަބެއް ކަނޑައެޅުމާއި، އެގޮތުން ކަނޑައަޅާ އަދަބުގެ މިންވަރު ބެލުމުގައި، ކުށްވެރިޔާ ކުށް ކުރި ހާލަތަށާއި ކުށްވެރިޔާގެ ޒާތީ ހާއްސިއްޔަތުތަކަށާއި، މުޖްތަމައުގެ ބޭނުންތަކަށާއި، އަދަބު ކަނޑައެޅުމުގައި ބަލަންޖެހޭ އެހެނިހެން ކަންކަން ކޯޓުން ބަލައި، އެކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.
(ށ) ގޭގައި ބަންދުކުރުން
ކުށްވެރިޔާގެ މައްޗަށް ކަނޑައެޅޭ އަދަބުގެ ބައެއް، ގޭގައި ބަންދުކޮށްގެން އެކަށީގެންވާ ގޮތެއްގައި ފުރިހަމަ ކުރެވޭނެކަމަށް އަންނަނިވި ހާލަތުތަކުގައި ބެލޭނެއެވެ.
- ކުށްވެރިޔާއަކީ މުޖްތަމައަށް ނުރައްކާތެރި މީހެއްކަމަށް ނުވުން، އަދި
-
- ގޭގައި ހުރެގެން އޭނާގެ އާއިލާއަށް ބޭނުންތެރި މިންވަރަކަށް އެހީތެރިކަން ފޯރުކޮށްދެވުން، ނުވަތަ
- ކުށްވެރިޔާއަށް ބޭނުންވާ ވަކި ހާއްސަ ކަންތައްތަކެއް އޭނާގެ ގޭގައި ކުރެވެންހުރުން.
-
މުއްދަތު
ކުދި ކުދި ކުށްތަކުގެ އަދަބެއްގެ ގޮތުން ހަމައެކަނި ގޭގައި ބަންދު ކުރުން އެއީ ރަނގަޅު އަދަބު ކަމަށް ބެލިދާނެއެވެ. އަދި ބައެއް ހާލަތްތަކުގައި ކަނޑައެޅޭ އަދަބުގެ ބައެއްގެ ގޮތުގައިވެސް ގޭގައި ބަންދުކުރުން ހިމެނިދާނެއެވެ. އަދި ކުށްވެރިޔާ އެނބުރި މުޖްތަމައަށް އައުން ފަސޭހަ ކުރުމަށްޓަކައި، ޖަލަށްލުމުގެ އަދަބަށްފަހު އަދަބުގެ ބައެއްގެ ގޮތުގައި ގޭގައި ބަންދުކުރުމަށް އަދަބު ކަނޑައެޅިދާނެއެވެ.
(ނ) މުޖްތަމައަށް ހިދުމަތްކުރުން
ކުށްވެރިޔާގެ މައްޗަށް މުޖްތަމައަށް ހިދުމަތްކުރުމަށް ކަނޑައެޅޭ އަދަބަކީ އެންމެ އެކަށީގެންވާ އަދަބުކަމަށް އަންނަނިވި ހާލަތްތަކުގައި ބެލޭނެއެވެ.
- ކުށްވެރިޔާގައި މުޖްތަމައަށް ފައިދާކުރާނެ ވަކި ހާއްސަ ބާވަތެއްގެ ހިދުމަތެއް ފޯރުކޮށްދެވޭނެ ހުނަރު ހުރުން، ނުވަތަ
- މުޖްތަމައަށް ބޭނުންވާ ވަކި ހާއްސަ ބާވަތެއްގެ ހިދުމަތެއް ފޯރުކޮށްދިނުމުގެ ގާބިލުކަން ކުށްވެރިޔާއަށް ލިބިފައިވުން، ނުވަތަ
- އަދަބެއްގެ ގޮތުން ކުށްވެރިޔާ މުޖްތަމައަށް ކޮށްދޭންޖެހޭ ހިދުމަތަކީ، އޭނާ ކުރި ކުށުގެ އަމަލުގެ ސަބަބުން ލިބުނު ގެއްލުން ރަނގަޅުކުރުމަށް ނުވަތަ އެގެއްލުމުން ސަލާމަތްވުމަށް ބާރުއަޅާ ހިދުމަތަކަށްވުން.
-
މުއްދަތު
މުޖްތަމައަށް ހިދުމަތްކުރުމުގެ އަދަބަކީ އާންމު ގޮތެއްގައި ގިނަ ކުށްތަކަށް ކަނޑައެޅޭ އަދަބުގެ ބައެއްގެ ގޮތުގައި ހިމެނުމަށް އެކަށީގެންވާ އަދަބެކެވެ. އެހެން ނަމަވެސް މުޖްތަމައަށް ހިދުމަތްކުރުމުގެ އަދަބަކީ އާންމުގޮތެއްގައި އެންމެ ކުޑަ ކުށްތަކަށް މެނުވީ ކަނޑައެޅޭ ހަމައެކަނި އަދަބު ކަމަށް ވެގެންނުވާނެއެވެ.
(ރ) ޖޫރިމަނާ
- ޖޫރިމަނާކުރުމުގެ އަދަބު ކަނޑައަޅަންވާނީ އެ ޖޫރިމަނާ ދެއްކޭނެ ވަސީލަތްތައް ލިބިފައިވާ ފަރާތްތަކުގެ މައްޗަށް އެކަންޏެވެ.
-
ޖޫރިމަނާގެ އަދަދު ކަނޑައެޅުން
ޖޫރިމަނާ ކުރުމުގެ އަދަބު، އާންމުގޮތެއްގައި ވާންވާނީ އެހެން ބާވަތްތަކުގެ އަދަބުތަކާއެކު ކަނޑައެޅޭ އިތުރު އަދަބަކަށެވެ. ޖޫރިމަނާ ކުރުމުގެ އަދަބަކީ މުއްސަނދި ކުށްވެރިންގެ މައްޗަށް ކަނޑައެޅެން އޮންނަ އަދަބުތަކަށް ފައިސާއިން އަގު ދެއްކުމަށްފަހު ކުށުގެ ހަގީގީ އަދަބުން އެމީހުން ސަލާމަތްވުމަށް އޮތް މަގެއްކަމަށް ނުވަތަ އެފަދަ މަގެއްކަމަށް ގަބޫލުކުރެވޭ އަދަބެއްކަމަށް ވެގެންނުވާނެއެވެ.
(ޅ) އުޅޭނޫޅޭގޮތް ގާތުން ބެލުން
- އުޅޭނޫޅޭގޮތް ގާތުން ބެލުމުގެ އަދަބު ކުށްވެރިއަކަށް ކަނޑައެޅޭނީ، އެ ކުށްވެރިއަކީ، އޭނާ އުޅޭނޫޅޭގޮތް ގާތުން ބެލުމަށް ކަނޑައެޅޭ މުއްދަތުގައި އޭނާ އަމަލުކުރަންޖެހޭ ތަފާތު ގަވާއިދުތަކަށާއި އުސޫލުތަކަށް ފުރިހަމައަށް ކިޔަމަންތެރިވާނެ، ޒިންމާދާރު މީހެއްކަމަށް ވާނަމައެވެ.
-
މުއްދަތު
އުޅޭނޫޅޭގޮތް ގާތުން ބެލުމަށް ކަނޑައެޅޭ މުއްދަތަކީ، އެ ކުށެއްގެ ނިސްބަތުން ކަނޑައަޅާ އެކަށީގެންވާ މުއްދަތެކެވެ. ހާއްސަކޮށް ފަރުވާގެ ޕްރޮގްރާމަކަށްފަހު އެ ޕްރޮގްރާމްގެ ސަބަބުން ކުށްވެރިޔާއަށް ކޮށްފައިވާ އެދެވޭ އަސަރު ދެނެގަތުމަށްޓަކައެވެ.
(ކ) ފަރުވާގެ ޕްރޮގްރާމް
- ކުށްވެރިޔާގެ ރުހުމަކާ ނުލައި ފަރުވާ ލިބިގަތުމަށް އަމުރު ކުރުން، އެއީ އެކަށީގެންވާ ކަމެއްކަމުގައި ބެލެވޭނީ އެ ފަރުވާ ލިބިގަތުމުން ކުށްވެރިޔާ ކުށަށް އަރައިގަތުމުން ދުރުކުރެވިދާނެ ކަމަށް ފެންނަ ނަމައެވެ.
-
މުއްދަތު
ރުވާގެ ޕްރޮގްރާމެއްގައި ބައިވެރިކުރުމަށް އަމުރު ކުރަންވާނީ ފަރުވާގެ ޕްރޮގްރާމްގެ މުއްދަތަކީ އެޕްރޮގްރާމްގެ މަގްސަދު ހާސިލުވުމަށް އެކަށީގެންވާ މުއްދަތަކަށްވާނަމައެވެ. ފަރުވާގެ ޕްރޮގްރާމަށް ބޭނުންވާނެ މުއްދަތާބެހޭގޮތުން އެކަމާބެހޭ މާހިރުންނާ ކޯޓުން މަށްވަރާކުރަންވާނެއެވެ. ފަރުވާގެ ޕްރޮގްރާމްގައި ކުށްވެރިއަކު އާންމުކޮށް ބައިވެރިކުރަންވާނީ، ޖަލަށްލުމުގެ އަދަބުގެ މުއްދަތުގައި ނުވަތަ ޖަލަށްލުމުގެ އަދަބުގެ ފަހުންނެވެ. ޖަލަށްލުމުގެ އަދަބުގެ ކުރިއަކުންނެއްނޫނެވެ. ހާއްސަކޮށް ފަރުވާގެ ޕްރޮގްރާމަކަށްފަހު އެ ޕްރޮގްރާމްގެ ސަބަބުން ކުށްވެރިޔާއަށް ކޮށްފައިވާ އެދެވޭ އަސަރު ދެނެގަތުމަށްޓަކައި ޓެސްޓު ކުރަން ޖެހޭ ހާލަތްތަކުގައާއި، ފަރުވާގެ ޕްރޮގްރާމާ ވިދިގެން ގޭގައި ބަންދުކުރުމާއި ކުށްވެރިޔާ އުޅޭނޫޅޭގޮތް ގާތުން ބެލުމަށް ދޫކޮށްފައި ބެހެއްޓުމަށް ހުކުމް ކުރެވިދާނެއެވެ.
(އ) ޕްރޮބޭށަން
- ޕްރޮބޭށަންގައި ބެހެއްޓުމަށް ކަނޑައަޅާ އަދަބަކީ ކުށްވެރިޔާ އުޅޭނޫޅޭގޮތް ގާތުން ބެލުމަށް ކަނޑައަޅާ އަދަބާ ވިދިގެން ކަނޑައެޅުން ރަނގަޅު އަދަބެކެވެ. އަދި ޕްރޮބޭށަންގައި ބެހެއްޓުމަށް، ކުށްވެރިޔާ އުޅޭނޫޅޭގޮތް ގާތުން ބެލުމުގެ މަރްހަލާގައި ކުށްވެރިޔާގެ އުޅުން ރަނގަޅުކުރުމަށް ހިންގޭ ޕްރޮގްރާމްތަކުގައި އެކަށީގެންވާ މިންވަރަކަށް އެއްބާރުލުން ދިނުން ށަރުތުކުރެވިދާނެއެވެ. އިތުރު ކުށުގެ އަމަލު ކުރުމުން ކުށްވެރިޔާ ދުރުހެލިކުރުމަށް އޭނާގެ މިނިވަންކަމަށް ކުޑަ ހިފެހެއްޓުމެއް ގެނައުމުން ފުދޭ ހާލަތްތަކުގައި ޕްރޮބޭށަންގައި ބެހެއްޓުމަކީ އެކަށީގެންވާ އަދަބެކެވެ.
- މުއްދަތު
އާންމުގޮތެއްގައި ކޯޓުން ކުށްވެރިޔާ ޕްރޮބޭށަންގައި ބެހެއްޓުމަށް ކަނޑައަޅާ އަދަބަކީ، އޭނާ ކުޅަ ކުށަށް ކަނޑައެޅޭ އަސާސީ އަދަބުކަމުގައި ވެގެންނުވާނެއެވެ.
ޖަލަށްލުން ފިޔަވައި ދެވޭ އެހެނިހެން އަދަބުތަކުގެ ށަރުތުތަކާ އެއްގޮތަށް އަމަލުނުކުރުން
1203 ވަނަ މާއްދާ - ޖަލަށްލުން ފިޔަވައި ދެވޭ އެހެނިހެން އަދަބުތަކުގެ ށަރުތުތަކާ އެއްގޮތަށް އަމަލުނުކުރުން
(ހ) ށަރުތުތަކާ އެއްގޮތަށް އަމަލުނުކުރުމުގެ ނަތީޖާ
ޖަލަށްލުން ފިޔަވާ ކަނޑައެޅޭ އެހެނިހެން އަދަބުތަކުގެ ށަރުތުތަކާ އެއްގޮތަށް ކުށްވެރިޔާ އަމަލުނުކޮށްފިނަމަ، ކުށްވެރިޔާގެ މައްޗަށް ޖަލަށްލުން ފިޔަވާ ކަނޑައެޅޭ އެހެނިހެން އަދަބު ކަނޑަނޭޅިނަމަ އޭނާގެ މައްޗަށް ކަނޑައަޅަންޖެހޭ ޖަލަށްލުމުގެ އަދަބު، ވަގުތުން ތަންފީޒުކުރުމަށް ކޯޓުން އެންގިދާނެވެ.
(ށ) ޖަލަށްލުން ފިޔަވާ ކަނޑައެޅޭ އެހެނިހެން އަދަބުގެ ށަރުތުތަކާ އެއްގޮތަށް އަމަލުނުކުރިކަން ކަނޑައެޅުން
ކުށްވެރިޔާގެ މައްޗަށް ކަނޑައެޅިފައިވާ ޖަލަށްލުން ފިޔަވާ ކަނޑައެޅޭ އެހެނިހެން އަދަބުގެ ށަރުތުތަކާ އެއްގޮތަށް އަމަލުކޮށްފައިނުވާކަން ސާބިތުކުރުމަށް، ދައުލަތުގެ ފަރާތުން ށަރީއަތުގެ މަޖިލީހަށް ސާފު ހެކި ހުށަހަޅައިފިނަމަ، އެށަރުތުތަކާ އެއްގޮތަށް އަމަލުކުރިކަން ސާބިތުކޮށްދިނުމަކީ ކުށްވެރިޔާގެ ޒިންމާއެކެވެ. މިގޮތުން ބަންދު ފިޔަވާ ކަނޑައެޅޭ އެހެނިހެން އަދަބުގެ ށަރުތުތަކާ އެއްގޮތަށް އަމަލުކުރިކަން ކުށްވެރިޔާއަށް ސާބިތުކޮށް ނުދެވިއްޖެނަމަ، މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކުށްވެރިޔާގެ މައްޗަށް އަލުން އަދަބު ކަނޑައެޅުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
މަރުގެ އަދަބު
1204 ވަނަ މާއްދާ - މަރުގެ އަދަބު
(ހ) ސާބިތުވާންޖެހޭ މިންވަރު
މީހެއްގެ މައްޗަށް މަރުގެ ހުކުމް ކުރުމަށްޓަކައި، ދައުލަތުން ކުށުގެ އެންމެހައި ރުކުންތައް ސާބިތުކޮށްދޭންވާނެއެވެ. އަދި އެމީހަކު އެކުރި ކުށަކީ އެހެން އެއްވެސް ކުށަކަށް ވުރެ ބޮޑު ކުށެއް ކަމާއި، އަދި އެ ކުށް ކުރުމުގެ ނިޔަތް އެމީހެއްގެ އޮތްކަން އަމަލީގޮތުން ޔަގީންކުރެވޭ މިންވަރަށް ދައުލަތުން ސާބިތުކޮށްދޭންވާނެއެވެ.
(ށ) އިއްތިރާފް
އަދަބެއްގެ ގޮތުގައި މީހެއްގެ މައްޗަށް މަރުގެ ހުކުމް އައިސްފާނެފަދަ ކުށަކަށްވާ އިއްތިރާފަކީ، ހުޅުވާލެވިގެންވާ ކޯޓެއްގައި އަދި ވަކީލެއްގެ އެހީތެރިކަން ލިބިހުރެ އެމީހަކު އެކުށުގެ އެންމެހާ ރުކުންތަކަށް އަމިއްލަ އިހްތިޔާރުގައިވެފައިވާ އިއްތިރާފަކަށް ނުވާހާހިނދަކު، އެމީހެއްގެ މައްޗަށް މަރުގެ އަދަބު ދިނުމުގެ ބޭނުމުގައި، އެފަދަ ކުށެއް ސާބިތުކުރުމަށް ހަމައެކަނި އޭނާވެފައިވާ އިއްތިރާފް ހެއްކެއްގެ ގޮތުގައި ދައުލަތުން ބޭނުންކޮށްގެން ނުވާނެއެވެ.
(ނ) ހެކީގެ މިންވަރު
- މި މާއްދާގެ (ހ) ގައިވާ މިންވަރަށް ކުށް ސާބިތުކުރުމަށްޓަކައި ހުށަހަޅާ ކޮންމެ ހެއްކަކީވެސް، ސަލާމަތް ބުއްދި ހުރި އަދި އަދުލުވެރި މީހެއްކަން ކަނޑައަޅަންވާނެއެވެ.
- ދައުވާ ރައްދުވާ ފަރާތުގެ ބަޔާން ހިމެނޭ ގޮތުގެމަތިން، ކުށެއް ސާބިތުކުރުމަށް ހުށަހަޅާ އެއްވެސް ހެއްކެއްގެ ބަޔާނެއް ނުވަތަ އެ ބަޔާނުން އެއްވެސް މިންވަރެއް އެ ކުށް ސާބިތުކުރުމަށް ހުށަހަޅާ އެހެން ހެއްކެއްގެ ބަޔާނަކާއި އެއްވެސް މިންވަރަކަށް ފުށުއެރުމެއްވާނަމަ، މި މައްދާގެ (ހ) ގައިވާ މިންވަރަށް އެކުށެއް ސާބިތުވީކަމަކަށް ނުބެލެވޭނެއެވެ.
(ރ) ހުކުމް އަމިއްލަ ޒާތުގައި އިސްތިއުނާފު ކުރެވުން
ކުށުގެ އަދަބެއްގެ ގޮތުން ކުށްވެރިޔާ މެރުމަށް ކޯޓުން ހުކުމް ކޮށްފިނަމަ، އެހުކުމްގެ ހުރިހާ ގާނޫނީ ނުކުތާތަކާއި މައްސަލައިގައި ކަން ހިނގާފައިވާގޮތް ދިވެހިރާއްޖޭގެ މަތީ މަރުހަލާގެ ކޯޓުތަކުން އަލުން ބަލަންވާނެއެވެ.
ހައްދުގެ ކުށްތައް
1205 ވަނަ މާއްދާ - ގުރުއާނުގައި އުގޫބާތް ކަނޑައެޅިފައިވާ ކުށްތައް
ގުރުއާނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، އިސްލާމީ ށަރީއަތުގެ އަސްލުތަކާ އެއްގޮތްވާ ގޮތުގެމަތިން މި ގާނޫނާއި ގުރުއާނުގައި ކަނޑައެޅިފައިވާ އުގޫބާތް އެމީހެއްގެ މައްޗަށް ކަނޑައަޅަންވާނެއެވެ.
މި ގާނޫނަށް ގެނެވުނު އިސްލާހު
ކޮންސޮލިޑޭޓެޑް
ގާނޫނުލްއުގޫބާތު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2014-09)

ކީރިތި ގުރުއާނުގައި ހައްދު ކަނޑައަޅާފައިވާ ކުށްތައް، މި މާއްދާގެ (ހ) ގެ 1 އަދި 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އުސޫލުން އިސްތިސްނާވެގެންވެއެވެ.
(ށ) ދައުވާކުރުމަށް އޮތް މުއްދަތު ހިނގަން ފެށުން
ދައުވާ ކުރުމަށްއޮތް މުއްދަތު ގުނަން ފަށާނީ ކުށްކުރާ ދުވަހުގެ ފަހު ދުވަހުން ފެށިގެންނެވެ. ކުށެއް ކުރެވުނުކަމަށް ބަލާނީ އަންނަނިވި ހާލަތުން ކުރެ ހާލަތެއްގައެވެ:
- ކުށުގެ ރުކުންތަކުގެ ތެރެއިން ހުރިހާ ރުކުނެއް ފުރިހަމަވެގެންދިއުން؛ ނުވަތަ
- ދައުވާ ރައްދުވާ ފަރާތުން ކުރަމުން ދިޔަ ކުށުގެ އަމަލު ނުވަތަ ދައުވާ ރައްދުވާ ފަރާތުން އެހީތެރިވެދެމުން ދިޔަ ކުށުގެ އަމަލު ހުއްޓުމަކަށް ގެނެވޭ ވަގުތުން ފެށިގެން.
(ނ) ދައުވާކުރުމަށް އޮތް މުއްދަތު ހިނގުން ހުއްޓުމަކަށް އައުން
ކުށެއްގެ ދައުވާ ދައުލަތުން އުފުލުމާއެކު، އެ ކުށަކާ ގުޅިގެން، ދައުވާކުރުމަށް އޮތް މުއްދަތު ގުނުން ހުއްޓުމަކަށް އަންނާނެއެވެ.
(ރ) ކުށެއްގެ ދައުވާ ފެށިއްޖެކަމުގައި ބަލާނީ އެ ކުށުގެ ދައުވާގެ ސީގާގެ ލިޔުން ށަރީއަތަށް ހުށަހެޅޭ ތާރީހުގައެވެ.
ކުށްވެރިވާކަން ނުވަތަ ކުށްވެރިނުވާކަން ބަޔާންކުރުމަށާއި، ދައުވާ ބަލައިގަތުމަށާއި ކުރެވޭ ހުކުމް ބަލައިގަތުމަށް ނުކުޅެދިގެންވުން
62 ވަނަ މާއްދާ - ކުށްވެރިވާކަން ނުވަތަ ކުށްވެރިނުވާކަން ބަޔާންކުރުމަށާއި، ދައުވާ ބަލައިގަތުމަށާއި ކުރެވޭ ހުކުމް ބަލައިގަތުމަށް ނުކުޅެދިގެންވުން
(ހ) ދައުވާ ރައްދުވާ މީހާގެ ސިކުނޑީގެ ހާލަތާ ގުޅޭ ގޮތުން ނުވަތަ ޖިސްމާނީ ހާލަތާ ގުޅޭ ގޮތުން، އަންނަނިވި ކަންކަން ކުރުމަށް އޭނާ ނުކުޅެދިގެންވާނަމަ، އޭނާގެ މައްޗަށް ކުރެވޭ ދައުވާގައި އޭނާ ކުށްވެރިވާ ކަމުގައި ނުވަތަ ކުށްވެރިނުވާކަމުގައި ބަޔާންކުރުމަށާއި، އެ ދައުވާ ބަލައިގަތުމަށް އޭނާއަށް އަންގައިގެން ނުވާނެއެވެ. އަދި އޭނާގެ މައްޗަށް ހުކުމެއްވެސް ކަނޑައަޅައިގެން ނުވާނެއެވެ:
- އޭނާގެ މައްޗަށް ކުރެވޭ ދައުވާގެ ބާވަތާއި މަގްސަދު ވިސްނައިގަތުމަށް ނުކުޅެދިގެންވުން؛ ނުވަތަ
- އޭނާގެ ދިފާއުގައި ވާހަކަދެއްކުމަށް އޭނާ ނުކުޅެދިގެންވުން.
(ށ) ދައުވާއެއްނުކޮށް ދައުވާއިން ބަރީއަކުރެވުން
މި މާއްދާގެ ދަށުން ކުށުން ބަރީއަކުރެވި ދޫކުރެވޭ މީހަކީ ނަފުސާނީ ބަލިތަކުގެ މަރުކަޒެއްގައި ނުވަތަ ސިކުނޑީގެ ފަރުވާދޭ މަރުކަޒެއްގައި، ބަހައްޓަންޖެހޭ މީހެއްކަން ކަށަވަރުކުރުމަށްޓަކައި ސިއްހީ ގޮތުން ބަލަންޖެހޭ ބެލުންތައް ބަލާތަނަކަށް، ހުށަހަޅަންޖެހޭނެ މީހެކެވެ. އެފަދަ ތަނަކަށް ހުށަހަޅައި، ސިއްހީގޮތުން ބަލަންޖެހޭ ބެލުންތައް ބެލުމަށްޓަކައި ހޭދަވާ މުއްދަތަކީ ޖުމުލަކޮށް 60 ދުވަހަށް ވުރެ ދިގު މުއްދަތަކަށް ވެގެންނުވާނެއެވެ. އެ މުއްދަތު ވާންވާނީ ސިއްހީ ގޮތުން ބަލަންޖެހޭ ބެލުންތައް ބެލުމަށް ހޭދަވާ ވަގުތާއި 60 ދުވަހާ މި ދެ މުއްދަތުގެ ތެރެއިން، ކުރު މުއްދަތަކަށެވެ.
ޑިޕްލޮމެޓިކް އިމްތިޔާޒު
63 ވަނަ މާއްދާ - ޑިޕްލޮމެޓިކް އިމްތިޔާޒު
ދައުވާ ރައްދުވާ މީހާއަކީ، އަންނަނިވި ހާލަތްތަކުގައި ދައުލަތުން އިމްތިޔާޒްތަކެއް ދީފައިވާ މީހެއްކަމަށް ވާނަމަ، އޭނާގެ މައްޗަށް ކުރެވޭ ދައުވާގައި އޭނާ ކުށްވެރިވާކަމަށް ނުވަތަ ކުށްވެރިނުވާކަމަށް ބަޔާންކުރުމަށާއި، އެ ދައުވާ ބަލައިގަތުމަށް އޭނާއަށް އަންގައިގެންނުވާނެއެވެ. އަދި އެ ދައުވާގައި، އޭނާގެ މައްޗަށް ހުކުމެއްވެސް ކަނޑައަޅައިގެންނުވާނެއެވެ:
(ހ) އޭނާއަކީ ބައިނަލްއަގްވާމީ މުއާހަދާއެއްގެ ދަށުން ދިވެހިސަރުކާރުން ޑިޕްލޮމެޓިކް އިމްތިޔާޒު ދީފައިވާ ފަރާތަކަށްވުން؛ ނުވަތަ
(ށ) އޭނާއަކީ ބޭރު ދައުލަތެއްގެ އިއްޒަތްތެރިއެއްކަމުގައި ވުމުން، ބޭރު ގައުމެއްގެ ސަފީރަކަށް ވުމުން، ނުވަތަ ބައިނަލްއަގްވާމީ މުއާހަދާއެއްގެ ދަށުން ޑިޕްލޮމެޓިކް އިމްތިޔާޒް ދީފައިވާ ބައިނަލްއަގްވާމީ މުއައްސަސާއެއް ތަމްސީލުކުރާ ފަރާތަކަށް ވުމުން.
ކުރިން ކުށަކަށް ކޮށްފައިވާ ދައުވާ އެ ކުށަށް ފަހުން ކުރާ ދައުވާގެ ހުރަހަކަށްވުން
64 ވަނަ މާއްދާ - ކުރިން ކުށަކަށް ކޮށްފައިވާ ދައުވާ އެ ކުށަށް ފަހުން ކުރާ ދައުވާގެ ހުރަހަކަށްވުން
ހިނގައިދިޔަ ވަކި ކަންތައްތަކެއްގެ މައްޗަށް މި ގާނޫނުގެ ވަކި މާއްދާއެއްގެ ދަށުން ދައުވާއެއް އުފުލުމުގައި، ކުރިން ހަމަ އެކަންކަމުގެ މައްޗަށް ހަމަ އެ މާއްދާގެ ދަށުން ދައުވާއެއް ކޮށްފައިވާނަމަ އަދި އެގޮތުން ކޮށްފައިވާ ދައުވާއާ ގުޅިގެން، އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ހިނގާފައިވާނަމަ، އެފަދަ ދެ ވަނަ ދައުވާއެއް އެ ކުށުގެ މައްޗަކަށް ނުކުރެވޭނެއެވެ.
(ހ) އެ ދައުވާ ނިމިގެން ދިޔައީ، ދައުވާ ރައްދުވާ ފަރާތް ކުށުން ބަރީއަކުރެވިގެންކަމަށްވުން؛ ނުވަތަ
(ށ) އެ ދައުވާ ނިމިގެންދިޔައީ ދައުވާ ރައްދުވާ ފަރާތުގެ މައްޗަށް ކުށް ސާބިތުކުރެވިގެންކަމުގައިވުން؛ ނުވަތަ
(ނ)
- އެ ދައުވާ ނިމިގެންދިޔައީ ދައުވާ ރައްދުވާ ފަރާތަށް ފަހިވާގޮތަށް އައި ނިހާއީ އަމުރެއް ނުވަތަ ނިޔާއެއްގެ ދަށުންކަމުގައި ވެފައި، އެ އަމުރު ނުވަތަ ނިޔާ އެކަހެރިކުރެވިފައި ނުވަތަ ބަދަލުކުރެވިފައި ނުވަތަ ދޫކޮށްލެވިފައިނުވުން؛ އަދި
- އޭނާގެ މައްޗަށް އެ ދައުވާ ސާބިތުކުރާކަމަށްވާނަމަ، ހިނގައިދިޔަ ކަންކަމުން ސާބިތުހިފޭ ނުކުތާއަކާއި، ނުވަތަ ކަނޑައެޅިގެން ބަޔާންވެގެންވާ ގާނޫނީ ނުކުތާއަކާ ތައާރުޒުވުން އުފެދޭ ގޮތްވުން.
(ރ) އެ ދައުވާ ހުއްޓާލެވިފައިވަނީ މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަނގަޅުނޫން ގޮތެއްގައިކަމަށްވުން.
(ބ) ރަނގަޅުނޫން ގޮތެއްގައި ދައުވާއެއް ހުއްޓާލުން
މި މާއްދާގެ (ރ) އާއި މި ގާނޫނުގެ 65 ވަނަ މާއްދާގެ (ރ) ގެ މަގްސަދަށްޓަކައި:
- ރަނގަޅުނޫން ގޮތެއްގައި ދައުވާއެއް ހުއްޓާލެވުނީކަމަށް ވާނީ، އެ ދައުވާ ހުއްޓާލެވިފައިވަނީ ކުށުން ބަރީއަކުރުންކަމުގައި ނުހިމެނޭގޮތެއްގައި، ފުރަތަމަ ހެކިވެރިޔާ ހެކިބަސްދިނުމުގެ ހުވާކުރުމާއި، ހުކުމެއް ކުރުމާއި ދެމެދުގައި ކަމުގައިވުން؛
- އަންނަނިވި ހާލަތްތަކުގައި ހުއްޓާލެވޭ ދައުވާއަކީ، ރަނގަޅުނޫން ގޮތުގައި ހުއްޓާލެވިފައިވާ ދައުވާއެއް ކަމުގައެއް ނުބެލޭނެއެވެ:
- ދައުވާ ހުއްޓާލާފައިވަނީ ދައުވާ ރައްދުވާ ފަރާތުގެ ރުހުމާ އެކުގައި ކަމުގައިވުން ނުވަތަ ދައުވާ ހުއްޓާލުމާ ދެކޮޅުހެދުމަށް އޭނާއަށް ލިބިގެންވާ ހައްގު އޭނާ ދޫކޮށްލާފައިވުން؛ ނުވަތަ
- އެގޮތަށް އެ ދައުވާ ހުއްޓާލުމަކީ އަންނަނިވި ސަބަބުތަކަށްޓަކައި ބޭނުން ކަމެއްކަމުގައި ކޯޓަށް ފެނުން:
(ހހ) ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އެ ށަރީއަތް ކުރިއަށް ގެންދިއުމަކީ ކުރެވެން ނެތް ކަމެއް ކަމުގައިވުން؛ ނުވަތަ
(ށށ) ށަރީއަތް ކުރިއަށް ގެންދިއުމުގައި ގާނޫނީ ގޮތުން އުނިކަމެއްކަމަށް ބެލެވޭ ކަމެއް ކުރިމަތިވުމާއި، ނިޔާއެއް އިއްވިކަމުގައި ވިޔަސް، ގާނޫނުގެ މައްޗަށް ބުރަވެ އެ ނިޔާ ބަދަލުކުރެވޭނެ ފުރުސަތު އޮތުން؛ ނުވަތަ
(ނނ) ކޯޓުގައި ނުވަތަ ކޯޓުން ބޭރުގައި ހިނގާ މަސްލަހަތާ ދެކޮޅު އަމަލުތަކެއްގެ ސަބަބުން، ދައުލަތަށް ނުވަތަ ދައުވާ ރައްދުވާ ފަރާތަށް އިންސާފުގެ ކުރިމަތީގައިއޮތް ހަމަހަމަ ހައްގަށް އުނިކަމެއް އަންނާނެ ގޮތުގައި މެނުވީ، އެ ދައުވާ ކުރިއަށް ގެންދިއުމަކީ ކުރެވެން ނެތް ކަމެއް ކަމުގައިވުން.
ކުރިން އެހެން ކުށަކަށް ކޮށްފައިވާ ދައުވާ އަލުން ކުރާ ދައުވާގެ ހުރަހަކަށްވުން
65 ވަނަ މާއްދާ - ކުރިން އެހެން ކުށަކަށް ކޮށްފައިވާ ދައުވާ އަލުން ކުރާ ދައުވާގެ ހުރަހަކަށްވުން
ކުރިން ވަކި ކުށަކަށް ދައުވާއެއް ކުރެވިފައި ވަނިކޮށް، އެ ދައުވާ ބިނާވެފައިވާ އަސާސީ ނުކުތާތަކުގެ ތެރެއިން ތަފާތު ނުކުތާތަކެއްގެ މައްޗަށް، މި ގާނޫނުގެ އެހެން މާއްދާއެއްގެ ދަށުން ދައުވާއެއް އުފުލުމަކީ، ކުރިން ކުރެވިފައިވާ ދައުވާގައި އަންނަނިވި ގޮތްތަކުން ކުރެ ގޮތެއް ދިމާވެފައިވާނަމަ، އެ ދައުވާ ކުރިއަށް ގެންދިއުމަށް އޮތް ހުރަހެކެވެ:
(ހ) ކުރީގެ ދައުވާގައި، ދައުވާ ރައްދުވާ ފަރާތް ކުށުން ބަރީއަކޮށްފައިވާނަމަ ނުވަތަ އޭނާގެ މައްޗަށް ކުށް ސާބިތުވެފައިވާނަމަ، އަދި ފަހުން ކުރަން އުޅޭ ދައުވާއަކީ، ކުރީގެ ދައުވާ ކުރި ވަގުތުގައި ހަމަ އެއް އަމަލެއްގެ މައްޗަށް ބިނާކޮށް ނުވަތަ އެ ކުށުގެ ހާދިސާގެ މައްޗަށް ބިނާކޮށް އެ ދައުވާއާ އެކުގައި ސާބިތުކުރެވިދާނެ ކުށެއް ކަމުގައިވުން. ނަމަވެސް އެއީ، ކޯޓުން އެ ކުށަށް ވަކި ދައުވާއެއް ކުރުމަށް ކަނޑައެޅިގެން އަމުރުކޮށްފައިނުވާނަމައެވެ؛ ނުވަތަ
(ށ) ފަހުން ދައުވާކުރަން އުޅޭ އަމަލުގެ މައްޗަށް ބިނާކޮށް، ކުރީގެ ދައުވާއިން އޭނާ ބަރީއަވެފައިވާނަމަ ނުވަތަ އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވެފައިވާނަމަ، އަންނަނިވި ހާލަތްތަކުން ހާލަތެއް ދިމާނުވާހާހިނދަކު، ކުރިން ކުރި ދައުވާ އޭގެ ފަހުން ކުރާ ދައުވާގެ ހުރަހަކަށް ވާނެއެވެ:
- ދައުވާ ރައްދުވާ ފަރާތުގެ މައްޗަށް ކުރިން ސާބިތުވެފައިވާ ދައުވާއަކީ ނުވަތަ ސާބިތުނުވެގެން ދޫކޮށްލައިފައިވާ ދައުވާއަކީ ފަހުން އޭނާގެ މައްޗަށް ކުރެވޭ ދައުވާއާ އަޅައިބަލާއިރު ހެކީގެ ގޮތުގައި ތަފާތު ދެ ކަމެއް ސާބިތުކުރަންޖެހޭ ދެ ދައުވާއަކަށް ވުމާއި، ކުރިން ދައުވާކުރެވުނު ކުށާއި ފަހުން ދައުވާކުރެވޭ ކުށަކީ ތަފާތު ދެ ގެއްލުމެއް ކުރިމަތިވުމުން ސަލާމަތްކުރުމަށްޓަކައި އޮތް ދެ މާއްދާއެއް ކަމުގައިވުން؛ ނުވަތަ
- ފުރަތަމަ ދައުވާ ފެށުނުއިރު ދެވަނަ ކުށް ފުރިހަމަވެފައި ނުވުން؛ ނުވަތަ
(ނ)
- އެ ދައުވާ ނިމިގެންދިޔައީ، ދައުވާ ރައްދުވާ ފަރާތަށް ފަހިވާ ގޮތަށް އައި ނިހާއީ އަމުރެއް ނުވަތަ ނިޔާއެއްގެ ދަށުންކަމުގައި ވެފައި، އެ އަމުރު ނުވަތަ ނިޔާ އެކަހެރިކުރެވިފައި ނުވަތަ ބަދަލުކުރެވިފައި ނުވަތަ ދޫކޮށްލެވިފައި ނުވުން؛ އަދި
- އޭނާގެ މައްޗަށް އެ ދައުވާ ސާބިތުކުރާކަމަށްވާނަމަ، ހިނގައިދިޔަ ކަންކަމުން ސާބިތުހިފޭ ނުކުތާއަކާ ނުވަތަ ކަނޑައެޅިގެން ބަޔާންވެގެންވާ ގާނޫނީ ނުކުތާއަކާ ތައާރުޒުވުން އުފެދޭގޮތްވުން؛ ނުވަތަ
(ރ) އެ ދައުވާ ހުއްޓާލެވިފައިވަނީ މި ގާނޫނުގެ 64 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެމަތިން ރަނގަޅުނޫން ގޮތުގައިކަމުގައި ވުމާއި، ފަހުން ކުރަން ބޭނުންވާ ދައުވާއަކީ ފުރަތަމަ ދައުވާ އެގޮތަށް ހުއްޓާނުލިނަމަ ދައުވާ ރައްދުވާ ފަރާތުގެ މައްޗަށް ސާބިތުކުރެވިދާނެ ކުށަކާ ގުޅިގެން ކުރެވޭ ދައުވާ އެއްކަމަށްވުން.
ކުރިން ކުރެވުނު ދައުވާ ކުރެވިފައިވަނީ، އެކަމުގެ ބާރުނެތް ކޯޓެއްގައި ކަމަށްވުން، ނުވަތަ މަކަރުވެރި ގޮތުގައި ދައުވާ ރައްދުވާ ފަރާތުން ބޭނުންވެގެން ކަމުގައިވުން، ނުވަތަ އެ ދައުވާގައި ކުށް ސާބިތުކުރި ކުރުން ބާތިލުކަމުގައި ފަހުން
ކަނޑައަޅާފައިވާނަމަ، ފަހުން ކުރާ ދައުވާއަށް ހުރަހަކަށް ނުވުން
66 ވަނަ މާއްދާ - ފަހުން ކުރެވޭ ދައުވާ ކުރިއަށް ގެންދިއުމަށް ހުރަހަކަށް ނުވުން
އަންނަނިވި ހާލަތްތަކުގައި، ފަހުން ކުރެވޭ ދައުވާއަކީ، މި ގާނޫނުގެ 64 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ، ނުވަތަ މި ގާނޫނުގެ 65 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ދައުވާއެއްގެ ސަބަބުން، ކުރިއަށް ނުގެންދެވޭނެ ދައުވާއެއްކަމަކަށް ނުބެލެވޭނެއެވެ.
(ހ) ކުރިން ކުރެވުނު ދައުވާ ކުރެވިފައިވަނީ އެ ކުށުގެ މައްޗަށް ނުވަތަ ދައުވާ ރައްދުވާ ފަރާތުގެ މައްޗަށް އެ ކޯޓުގެ އިހްތިސާސުން ބޭރުގައި ކަމުގައިވުން؛ ނުވަތަ
(ށ) ކުރިން ކުރެވުނު ދައުވާއަކީ ދައުވާ ރައްދުވާ ފަރާތުން ކުރިމަތިކުރުވި ކަމެއްކަމުގައިވުމާއި، ދައުވާކުރުމުގެ ހަގީގީ ބާރު އޮތް ފަރާތަށް އެކަން އެނގިފައި ނެތުމާއި، އެކަން އޭނާ ކުރީ އޭނާގެ މައްޗަށް އަތުވެދާނެ ނިޔާއަކުން ސަލާމަތްވުމުގެ މަގްސަދުގައި ކަމަށްވުން؛ ނުވަތަ
(ނ) ކުރީގެ ދައުވާގައި، އޭނާގެ މައްޗަށް ކުށް ސާބިތުކޮށް އިއްވާފައިވާ ނިޔާއަކީ، ފަހުގެ ށަރުއީ މަޖިލީހަކުން ބާތިލު ނިޔާއެއްކަމުގައި ކަނޑައަޅާފައިވުން.
މާނަކުރުން
67 ވަނަ މާއްދާ – މާނަކުރުން
(ހ) "ރުކުން" އަށް ދީފައިވަނީ މި ގާނޫނުގެ 21 ވަނަ މާއްދާގެ (ހ) ގައި ދީފައިވާ މާނަކުރުމެވެ.
(ށ) "ދައުވާކުރުމަށް ހުރަހަކަށް ވެދާނެ ދިފާއު" އަށް ދީފައިވަނީ މި ގާނޫނުގެ 60 ވަނަ މާއްދާގެ (ހ) ގައި ދީފައިވާ މާނަކުރުމެވެ.
70 ވަނަ ބާބު
ކުންފުނިތަކުގެ ޒިންމާއާއި އިންސާނުން ނޫން އެހެން ވަސީލަތްތަކުގެ ޒިންމާ
70 ވަނަ މާއްދާ - ކުންފުނިތަކާއި ކުންފުނީގެ ގޮތުގައި ރަޖިސްޓަރީކޮށްފައިނުވާ ޖަމާއަތްތަކުގެ ޒިންމާ
71 ވަނަ މާއްދާ - ކުންފުންޏަކާ ނުވަތަ ޖަމާއަތަކާ ގުޅުމެއް އޮތުމަކީ ފަރުދީ ޒިންމާ އުފުލުމަށް އޮތް ހުރަހަކަށް ނުވުން
72 ވަނަ މާއްދާ - މާނަކުރުން
ކުންފުނިތަކާއި ކުންފުނީގެ ގޮތުގައި ރަޖިސްޓަރީކޮށްފައިނުވާ ޖަމާއަތްތަކުގެ ޒިންމާ
70 ވަނަ މާއްދާ - ކުންފުނިތަކާއި ކުންފުނީގެ ގޮތުގައި ރަޖިސްޓަރީކޮށްފައިނުވާ ޖަމާއަތްތަކުގެ ޒިންމާ
(ހ) ކުށުގެ އަމަލަކާ ގުޅޭ ޒިންމާ، ކުންފުންޏަކުން ނުވަތަ ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިނުވާ ޖަމާއަތަކުން އަންނަނިވި ހާލަތްތަކުގައި އުފުލަން ވާނެއެވެ:
- ކުށުގެ އަމަލު ހުއްދަކޮށްފައިވަނީ ނުވަތަ އެ ކުށް ކުރުމަށް އެދިފައިވަނީ ނުވަތަ އެ ކުށް ކުރުމަށް އަމުރުކޮށްފައިވަނީ ނުވަތަ އެ ކުށް ކޮށްފައިވަނީ ޑިރެކްޓަރުންގެ ބޯޑުންކަމުގައިވުން ނުވަތަ އޭނާގެ ވަޒީފާގެ ދާއިރާގެ ތެރޭގައި ހަރަކާތްތެރިވުމުގައި ކުންފުނީގެ ނުވަތަ އެ ޖަމާއަތުގެ ފަރާތުން އިސްވެހުރި ހިންގުންތެރިއަކު ކަމުގައިވުން؛ ނުވަތަ
- ކުށުގެ އަމަލު ކޮށްފައިވަނީ އަންނަނިވި ހާލަތްތަކުގައި އެ ކުންފުނީގެ ނުވަތަ އެ ޖަމާއަތުގެ އޭޖެންޓެއް ކަމުގައިވުން:
(ހހ) ކުންފުނީގެ ފަރާތުން ނުވަތަ އެ ޖަމާއަތުގެ ފަރާތުން؛ އަދި
(ށށ) އޭނާގެ ވަޒީފާގެ ނުވަތަ މަގާމުގެ ދާއިރާގެ ތެރޭގައި ކުރާ އަމަލަކުން ކަމުގައިވުން؛ އަދ - އޭޖެންޓު ކުރާ އެ އަމަލަކީ ކުންފުނިން ނުވަތަ ކުންފުނީގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިނުވާ ޖަމާއަތުން ޒިންމާ އުފުލަންޖެހޭނެ އަމަލެއްކަމުގައި، ނުވަތަ އެފަދަ އޭޖެންޓަކު ކުރާ އަމަލުތަކަށް ކުންފުނި ނުވަތަ ޖަމާއަތް ޒިންމާވާންޖެހޭނެ ހާލަތުތައް، އެހެން ގޮތަކަށް ގާނޫނުގައި ބަޔާންކޮށްފައި ނުވުން؛
- އެ ކުރި ކުށް، ގާނޫނުގައި ދަރަޖަކޮށްފައިވަނީ ޖުނަހްގެ ކުށުގެ ތެރޭގައި ކަމުގައިވުން، ނުވަތަ އެ ކުންފުނީގެ ނުވަތަ ރަޖިސްޓަރީ ކޮށްފައިނުވާ ޖަމާއަތުގެ މުވައްޒަފުން ކުރާ ކުށަށް އެ ކުންފުނި ނުވަތަ ރަޖިސްޓަރީ ކޮށްފައިނުވާ އެ ޖަމާއަތް ޒިންމާވާންޖެހޭނެކަމުގެ ނިޔަތް އޮތްކަން އެ ކުށް ކަނޑައަޅާފައިވާ ގާނޫނުގައި ސާފުކޮށް ފެންނަން އޮތުން؛ ނުވަތަ
- ކުށުގެ އަމަލު ކޮށްފައިވަނީ އަންނަނިވި ހާލަތްތަކުގައި އެ ކުންފުނީގެ ނުވަތަ އެ ޖަމާއަތުގެ އޭޖެންޓެއް ކަމުގައިވުން:
- ކުންފުންޏަކުން ނުވަތަ ޖަމާއަތަކުން ވަކި ގޮތަކަށް ކުރަންޖެހޭނެކަމަށް ގާނޫނެއްގެ ދަށުން ބަޔާންކުރާ އަމަލެއް ނުކޮށް ދޫކޮށްލުމުގެ މައްޗަށް ބިނާވެފައިވާ ކުށަކަށްވުން.
(ށ) އެކަށީގެންވާ ފިޔަވަޅުއެޅިކަމުގެ ދިފާއު
މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ކުރާ ދައުވާއެއްގައި ލިބެން ހުރި ހެކިތަކުގެ މައްޗަށް ބަލާއިރު، ކުށުގެ އަމަލުގެ ގޮތުގައި ހިމެނުނު އަމަލުގެ މައްޗަށް ބެލެހެއްޓުމުގެ ޒިންމާ އޮތް އިސް ހިންގުންތެރިޔާ، އެ ކުށް ހިނގިޔަނުދިނުމަށްޓަކައި އެކަށީގެންވާ ފިޔަވަޅު އަޅާފައިވާކަން ސާބިތުކޮށްދީފިކަމުގައި ވާނަމަ، އެއީ އެ ކުށުގެ ޒިންމާ އުފުލުމަށް ލިބޭ ދިފާއެކެވެ. އެހެންނަމަވެސް އެއީ އަންނަނިވި ހާލަތްތަކުގެ ތެރޭގައި އެ އަމަލު ނުހިމެނޭކަމުގައި ވާނަމައެވެ:
- އެފަދަ ދިފާއެއްގެ ފައިދާ ލިބި ދިނުމަކީ ކުށް ކަނޑައެޅި ގާނޫނުގެ މަގްސަދާ ތައާރުޒުވާ ކަމެއް ކަމުގައިވުން؛
- ކުށް ކަނޑައެޅި ގާނޫނުގައި އެ ކުށާ ގުޅިގެން، ކުށުގެ ނިޔަތް އޮތުން ލާޒިމު ނުކުރުން.
(ނ) މާނަކުރުން
- "ކުންފުނި" ކަމަށް ބުނެފައި އެވަނީ ހިއްސާ އާންމުކޮށް ވިއްކާ ކުންފުނިތަކާއި ހިއްސާ އާންމުކޮށް ނުވިއްކާ ކުންފުނިތަކުގެ ތެރެއިން ކުންފުނި އުފެއްދުމަށް ގާނޫނުގައި ކަނޑައަޅާފައިވާ ކަންކަން ފުރިހަމަކޮށްފައިވާ ކުންފުނިތަކަށެވެ.
- "ކުންފުނީގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިނުވާ ޖަމާއަތެއް" ކަމަށް ބުނެފައި އެވަނީ ޓްރަސްޓާއި، ޕާރޓްނަރށިޕާއި، ސަރުކާރާއި، ސަރުކާރުގެ އެކިއެކި އިދާރާތަކާއި، އިގްތިސާދީ މަސްލަހަތަށްޓަކައި، އެއް ބައެއްގެ ގޮތުގައި، އެކަކު އަނެކަކާ ބައިވެރިވެގެން އުޅޭ ގޮތުގައި، ހަރަކާތްތެރިވާ ދެ މީހުން ނުވަތަ އެއަށް ވުރެ ގިނަ ބަޔަކަށެވެ.
- "އިސް ހިންގުންތެރިޔާ" ކަމަށް ބުނެފައި އެވަނީ، ކުންފުނީގެ ސިޔާސަތު ކަނޑައެޅުމުގައި ނުވަތަ ކުންފުނީގެ އާދައިގެ މުވައްޒަފުން ބެލެހެއްޓުމުގެ ޒިންމާ އުފުލަންޖެހޭ ފަދަ މަގާމެއްގައި ކުންފުންޏެއްގައި ނުވަތަ ކުންފުނީގެ ގޮތުގައި ރަޖިސްޓަރީކޮށްފައިނުވާ ޖަމާއަތެއްގައި ހުންނަ އޮފިސަރަށެވެ. ނުވަތަ އޭޖެންޓަށެވެ.
- "އޭޖެންޓް" ކަމަށް ބުނެފައި އެވަނީ، ކޮންމެ ޑިރެކްޓަރަކަށާއި އޮފިސަރަކަށާއި މުވައްޒަފަކަށާއި އެ ކުންފުންޏެއްގެ ނުވަތަ ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީ ވެފައިނުވާ ޖަމާއަތެއްގެ ފަރާތުން އެއްވެސް ހައިސިއްޔަތަކުން އަމަލެއް ކުރުން ހުއްދަކޮށްފައިވާ ފަރާތްތަކަށެވެ.
ކުންފުންޏަކާ ނުވަތަ ޖަމާއަތަކާ ގުޅުމެއް އޮތުމަކީ ފަރުދީ ޒިންމާ އުފުލުމަށް އޮތް ހުރަހަކަށް ނުވުން
71 ވަނަ މާއްދާ - ކުންފުންޏަކާ ނުވަތަ ޖަމާއަތަކާ ގުޅުމެއް އޮތުމަކީ ފަރުދީ ޒިންމާ އުފުލުމަށް އޮތް ހުރަހަކަށް ނުވުން
(ހ) ކުންފުންޏެއްގެ ނަމުގައި ނުވަތަ ކުންފުނީގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ޖަމާއަތެއްގެ ނަމުގައި މީހަކު ކުރާ ނުވަތަ ކުރުވާ ކުށުގެ އަމަލަކީ، އޭނާގެ އަމިއްލަ ފަރުދީ ހައިސިއްޔަތުންވެސް ޒިންމާ އުފުލަންޖެހޭނެ އަމަލެކެވެ.
(ށ) ކުންފުންޏަކުން ނުވަތަ ކުންފުނީގެ ގޮތުގައި ރަޖިސްޓަރީކޮށްފައިނުވާ ޖަމާއަތަކުން ކޮށްފައިވާ ކުށެއްގެ ޒިންމާ އުފުލަން ޖެހިފައިވާ މީހަކަށް، ވަކިފަރުދަކު އެފަދަ ކުށެއްކޮށްފިނަމަ ދެވޭނެކަމަށް ގާނޫނުގައި ކަނޑައަޅާ އަދަބު ދެވޭނެއެވެ. އަދި އެއީ އެ ކުންފުންޏަށް ނުވަތަ
އެ ޖަމާއަތަށް އެހެން އަދަބެއް ކަނޑައެޅިފައި ވީނަމަވެހެވެ.
މާނަކުރުން
72 ވަނަ މާއްދާ – މާނަކުރުން
(ހ) "އޭޖެންޓް" އަށް ދީފައިވަނީ މި ގާނޫނުގެ 70 ވަނަ މާއްދާގެ (ނ) ގެ (4) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ށ) "ކުންފުނި" އަށް ދީފައިވަނީ މި ގާނޫނުގެ 70 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ނ) "އިސް ހިންގުންތެރިޔާ" އަށް ދީފައިވަނީ މި ގާނޫނުގެ 70 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ރ) "ކުންފުނީގެ ގޮތުގައި ރަޖިސްޓަރީކޮށްފައިނުވާ ޖަމާއަތް" އަށް ދީފައިވަނީ މި ގާނޫނުގެ 70 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
80 ވަނަ ބާބު
ފުރިހަމަނުވާ ކުށް
80 ވަނަ މާއްދާ - ކުށެއް ކުރަން އުޅުން
81 ވަނަ މާއްދާ - ކުށެއް ކުރުމަށް އެދުން
82 ވަނަ މާއްދާ - ކުށްކުރުމަށް ރޭވުން
83 ވަނަ މާއްދާ - ރޭވުމުގައި ބައިވެރިވި މީހެއްގެ މައްޗަށް ދައުވާކުރެވެން ނެތުން ދިފާއަކަށް ނުވުން
84 ވަނަ މާއްދާ - ކުށް އޭނާގެ މައްޗަށް ހިންގުނު މީހާއަށް ލިބިދެވޭ ދިފާއު
85 ވަނަ މާއްދާ - ކުށެއް ކުރުމަށް އެއްބަސްވުމަށްފަހު އެކަން ދޫކޮށްލައި، ކުށުގެ އަމަލު ހިނގިޔަނުދިނުމުން ލިބިދޭ ދިފާއު
86 ވަނަ މާއްދާ - ކުށެއް ކުރުމަށް އުޅުމާއި، ކުށެއް ކުރަން އެދުމާއި، ކުށެއް ކުރުމަށް ރޭވުން ދަރަޖަކުރުން
87 ވަނަ މާއްދާ - ކުށްކުރުމުގެ އާލާތް އަތުގައި ހުރުން
88 ވަނަ މާއްދާ - މާނަކުރުން
ކުށެއް ކުރަން އުޅުން
80 ވަނަ މާއްދާ - ކުށެއް ކުރަން އުޅުން
(ހ) އަންނަނިވި ހާލަތްތަކުގައި މީހަކު ކުރާ އަމަލަކީ ކުށެއް ކުރަން އުޅުމުގެ އަމަލެކެވެ:
- ކުށެއް ކުރުމަށްޓަކައި ކުށުގެ ނިޔަތް އޮތުން؛
- ކުށުގެ އަމަލު ފުރިހަމަކުރުމަށްޓަކައި އެކަށީގެންވާ ފިޔަވަޅެއް އަޅައިފިކަން ރަމްޒުކޮށްދޭފަދަ އަމަލެއް ގަސްދުގައި ކުރުން؛ އަދި އެ އަމަލު ކުރީ ކުށްކުރުމަށް ބޭނުންވާ ހާލަތު ދެމިއޮތްކަމުގައި ގަބޫލުކޮށްގެން ކަމުގައިވުން.
(ށ)
-
އެކަށީގެންވާ ފިޔަވަޅެއް އަޅައިފިކަން ރަމްޒުކޮށްދޭ އަމަލު
ކުށުގެ އަމަލެއް ފުރިހަމަކުރުމަށްޓަކައި އެކަށީގެންވާ ފިޔަވަޅެއް މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައިވާ ފަދައިން މީހަކު އަޅައިފިކަމުގައި ބެލެވޭނީ އެ ކުށުގެ އަމަލު ފުރިހަމަކުރުމަށް އޮތް އޭނާގެ މަގްސަދު އެއަމަލުން ސާފުކޮށް ދަލީލުކޮށްދޭ ނަމައެވެ. -
ކުށެއްގެ އަމަލެއް ފުރިހަމަކުރުމަށްޓަކައި، އެކަށީގެންވާ ފިޔަވަޅެއް އެޅީކަމުގައި ބެލެވިދާނެ އަމަލު
ކުށުގެ އަމަލު ފުރިހަމަކުރުމަށް އޮތް މަގްސަދު ސާފުކޮށް ދަލީލުކޮށްދޭނަމަ، އަންނަނިވި އަމަލުތަކަކީ، ކުށެއްގެ އަމަލެއް ފުރިހަމަކުރުމަށްޓަކައި، އެކަށީގެންވާ ފިޔަވަޅެއް އެޅީކަމުގައި، ގާނޫނީ ގޮތުން ބެލިދާނެ އަމަލުތަކެވެ:- އެ މީހެއްގެ މައްޗަށް ކުށުގެ އަމަލު ހިންގޭ މީހާއަށް އިންތިޒާރުކުރުމާއި، އޭނާ ހޯދުމާއި އޭނާގެ ފަހަތުން ދިޔުން؛
- އެ މީހެއްގެ މައްޗަށް ކުށުގެ އަމަލު ހިންގޭ މީހާ، އެ ކުށް ކުރުމަށް ބޭނުންވާ ތަނަށް ގެންދިއުމަށް ލެންބުން ނުވަތަ ލެންބުމަށް މަސައްކަތްކުރުން؛
- ކުށްކުރަން ބޭނުންވާ ތަން އެ ކަމަށް އެކަށީގެންވޭތޯ ބަލައި އެ ތަނުގެ މައުލޫމާތު ހޯދުން؛
- ކުށުގެ އަމަލު ހިންގުމަށް ބޭނުންވާ ތަނަކީ އިމާރާތެއް ނުވަތަ އުޅަނދެއް ނުވަތަ އެނޫންވެސް ބަންދުކޮށްފައިވާ ތަނަކަށްވެފައި އެ ތަނަކަށް ހުއްދަނެތި ވަނުން؛
- ކުށުގެ އަމަލު ހިންގުމަށް ބޭނުންވާ ސާމާނު އަތުގައި ބެހެއްޓުމާއި، އެ ސާމާނަކީ އެ ކުށުގެ މަގްސަދު ހާސިލުކުރުމަށްޓަކައި ހާއްސަކޮށް ތައްޔާރުކޮށްފައިވާ އެއްޗެއްސަށްވުމާއި އެއިން އެ ހާލަތުގައި ހުއްދަ ބޭނުމެއް ނުކުރެވޭނެ އެއްޗެއްސަށްވުން؛ ނުވަތަ
- ކުށުގެ އަމަލު ހިންގުމަށް ބޭނުންވާ ސާމާނު އަތުގައި ބެހެއްޓުމާއި، ހޯދުމާއި، އެއާ އެއްގޮތް އެއްޗެހި ހޯދުމާއި އަދި އެއްޗެހި ކުށުގެ އަމަލު ހިންގުމަށް ބޭނުންވާ ތަނުގައި ނުވަތަ އެ ތަނާ ކައިރި ހިސާބެއްގައި ބެހެއްޓުމާއި، އެގޮތަށް އެ ސާމާނު ބެހެއްޓުމަކީ އެ ހާލަތުގައި އެނޫން ހުއްދަ ބޭނުމެއް ހިފޭނެ ކަމެއްކަމަށް ނުވުން.
ކުށެއް ކުރުމަށް އެދުން
81 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި އަންނަނިވި އަމަލު ކުރާ މީހާ އެހެން މީހަކު ލައްވާ ކުށެއް ކުރުވުމަށް އެދިއްޖެކަމުގައި ބެލެވޭނެއެވެ:
- މީހަކު އެ އަމަލު ކުރަނީ:
- ކުށެއްކުރުމަށް ބޭނުންވާ ކުށުގެ ނިޔަތް އޮވެގެން ކަމުގައިވުން؛
- އެ ކުށް ކުރުމަށް ހިތްވަރު ދިނުމުގެގޮތުން ނުވަތަ ފަސޭހަކުރުމުގެ ގޮތުންކަމުގައިވުން.
- އަންނަނިވި ބާވަތުގެ އަމަލެއް ކުރީކަމުގައި ބެލެވޭނެ ކަމެއް ކުރުމަށް، އެހެން މީހަކަށް އަމުރުކުރުން، ހިތްވަރު ދިނުން، ނުވަތަ އެހެން މީހެއްގެ ގާތުން އެ ކަމަށް އެދުން:
- ކުށުގެ އަމަލުގެ ގޮތުގައި ބެލެވޭނެ އަމަލަކަށްވުން ނުވަތަ ކުށްކުރަން އުޅުމުގެ އަމަލެއްގެ ގޮތުގައި ބެލެވޭނެ އަމަލަކަށްވުން: ނުވަތަ
- ކުށްކުރުމުގައި ނުވަތަ ކުށްކުރަން އުޅުމުގައި އެހީތެރިވެދީފިކަމަށް ނުވަތަ އެ ކަމުގައި ބައިވެރިވެއްޖެކަމަށް ބެލެވޭނެ ފަދަ އަމަލެއް ކަމުގައިވުން.
(ށ) ކަނޑައެޅިގެން ނުބުނެކުށެއް ކުރުމަށް އެދުން
މި މާއްދާގެ (ހ) ގެ ދަށުން ކުށެއް ކުރުމަށް ސާފު ބަހުން މީހެއް ގާތުން އެދުމަކީ މި މާއްދާގެ (ހ) ގެ ދަށުން ކޮންމެހެން ލާޒިމު ކަމެއް ނޫނެވެ. މީހެއްގެ އަމަލުން އެކަން އަނެކާއަށް އަންގައިދީފި ނަމަވެސް އެ ފުދުނީއެވެ.
ކުށް ކުރުމަށް ރޭވުން
82 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) މީހަކާ އެކު ނުވަތަ އެއަށް ވުރެ ގިނަ ބަޔަކާ އެކު އަންނަނިވި އަމަލުތައް ކުރާ މީހާ، ކުށެއްކުރުމަށް ރޭވީ ކަމުގައި ބެލެވޭނެއެވެ:
- އެ އަމަލު އެކުރަނީ:
- ކުށެއް ކުރުމުގެ ނިޔަތް އޮވެގެން ކަމުގައިވުން؛ އަދި
- އެ މަގްސަދު ހާސިލު ކުރުމަށްޓަކައި ނުވަތަ އެކަން ފަސޭހަކުރުމަށްޓަކައި ކަމުގައިވުން.
- ކުށުގެ އަމަލުގެ ގޮތުގައި ބެލެވޭ އަމަލު ހިންގުމުގައި ބައިވެރިވުމަށް އެހެން މީހަކާ އެކު ނުވަތަ ބަޔަކާ އެކު އެއްބަސްވުން.
- އެ މީހުންގެ ތެރެއިން ކޮންމެވެސް އެކަކު އެރޭވި ރޭވުމުގެ މަގްސަދު ހާސިލުކުރުމަށްޓަކައި ކުރަންޖެހޭ އަމަލެއް ކުރުން.
(ށ) ކުށެއް ކުރަން ރޭވުމުގެ މަގްސަދު
ކުށެއްކުރުމަށް ރޭވުމުގެ މަގްސަދު ކަމުގައި އަންނަނިވި ކަންކަން ހިމެނެއެވެ:
- ކުށްކުރަން ރޭވުމުގެ ސަބަބުން ހިތްވަރު ދިން ނުވަތަ މަގުފަހިކޮށްދިން ކުށް ކުރުން؛
- ކުށްކުރި ތަނުން ފިލުން؛
- ކުށްކޮށްގެން ލިބުނު ފައިދާ ބެހުން؛ އަދި
- ހަނުހުރުން ފިޔަވައި، އެހެން ކޮންމެވެސް އަމަލެއް ކޮށްގެން، އެ ކުށް ކުރިކަން ފޮރުވުން ނުވަތަ އެ ކަމާ ގުޅިގެން އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުން.
(ނ) ކުށެއް ކުރުމަށް ރޭވުމުގައި ބައިވެރިވާ މީހުން
މީހަކު ކުށެއް ކުރުމަށް ރޭވުމުގައި، އެހެން މީހަކު އެ ކަމަށް އެއްބަސްވެއްޖެކަމަށް އެކަށީގެންވާ ގޮތުގައި އޭނާއަށް ބެލެވިއްޖެނަމަ، ނުވަތަ އެ ރޭވުމުގެ މަގްސަދު ހާސިލުކުރުމަށްޓަކައި އެހެން މީހަކާއެކު އެއްބަސްވާނެކަމަށް އެކަށީގެންވާ ގޮތެއްގައި އޭނާއަށް ބެލެވިއްޖެނަމަ، އެ މީހަކީ ކާކުކަން އަދި އޭނާއަށް އެނގިފައި ނެތް ނަމަވެސް، ބެލެވޭނީ އޭނާ އެ މީހާއާ އެ ކަމަށް އެއްބަސްވީ ކަމުގައެވެ.
(ރ) ކުށެއްކުރުމަށް ރޭވި ރޭވުމެއްގެ މުއްދަތު
ކުށެއް ކުރުމަށް ރޭވި ރޭވުމުގެ މަގްސަދު ހާސިލުވުމާ ހަމައަށް ނުވަތަ އެ ރޭވުމާ އެއްގޮތަށް އަމަލުކުރެވެން ނެތުމާ ހަމައަށް ނުވަތަ އެ ރޭވި ރޭވުން ދޫކޮށްލުމާ ހަމައަށް އެ ރޭވުން ދެމިއޮތްކަމުގައި ބެލެވޭނެއެވެ. މި މާއްދާގެ (ހ) ގެ ދަށުން ކުށެއް ކުރާ މީހާ ބެލެވޭނީ، އެ މުއްދަތުގެ ތެރޭގައި އެ ކުށް ރޭވި މީހުންގެ ތެރޭގައި ހިމެނޭ މީހެއްކަމަށެވެ. އަދި އެއީ އޭނާ އެ ކަމުން އަމިއްލައަށް ތަނާޒުލު ނުވާހާހިނދަކުއެވެ.
(ބ) ތަނާޒުލުވުން
ކުށެއް ކުރުމަށް ރޭވުމަށްފަހު މީހަކު އެ ކަމުން ތަނާޒުލުވެއްޖެ ކަމުގައި ބެލެވޭނީ އަންނަނިވި ކަންކަން އެ މީހަކު ކޮށްފިކަމުގައިވާނަމައެވެ:
- އެ ރޭވުމުގައި އޭނާއާއެކު ބައިވެރިވި މީހުންނަށް އެ ރޭވުން އޭނާ ދޫކޮށްލައިފިކަން އެންގުން؛ ނުވަތަ
- އެފަދަ ރޭވުމެއް އޮތްކަން ގާނޫނު ތަންފީޒުކުރުމުގެ އިދާރާތަކަށް އެންގުމާއި އެކަމުގައި އޭނާ ބައިވެރިވިކަންވެސް އެންގުން.
(ޅ) ދޫކޮށްލުން
މި ގާނޫނުގެ 61 ވަނަ މާއްދާ "ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދައުވާ ނުއުފުލައިފިނަމަ ފަހުން ދައުވާ ނުކުރެވުން" ގައި ބަޔާންކޮށްފައިވާ މުއްދަތާ އެއްވަރުގެ މުއްދަތެއްގެ ތެރޭގައި ކުށެއް ކުރުމަށް ރޭވުމަށްފަހު އެ ރޭވި ރޭވުން ދޫކޮށްލިކަމުގައި ބެލެވޭނީ އެ ކުށް ކުރުމުގައި ބައިވެރިވި މީހުންގެ ތެރެއިން އެއްވެސް މީހަކު އެ ރޭވި ރޭވުމުގެ މަގްސަދު ހާސިލުކުރުމަށްޓަކައި ފާޅުވެގެންވާ އެއްވެސް އަމަލެއްކޮށްފިކަމުގައި ނުބެލެވޭ ނަމައެވެ.
(ކ) ތަނާޒުލުވުމަކީ ނުވަތަ ރޭވުމެއް ދޫކޮށްލުމަކީ ދިފާއަކަށް ނުވުން
މި ގާނޫނުގެ 85 ވަނަ މާއްދާ "ކުށެއް ކުރުމަށް އެއްބަސްވުމަށްފަހު އެކަން ދޫކޮށްލައި، ކުށުގެ އަމަލު ހިނގިޔަނުދިނުމުން ލިބޭ ދިފާއު" ގައި ބަޔާންވެގެންވާ ހާލަތުގައި މެނުވީ، ކުށެއް ކުރުމަށް ރޭވުމަށްފަހު އެ ކަމުން ތަނާޒުލުވުމަކީ ނުވަތަ އެކަން ދޫކޮށްލުމަކީ ދިފާއެއް ނޫނެވެ.
ރޭވުމުގައި ބައިވެރިވި މީހެއްގެ މައްޗަށް ދައުވާކުރެވެން ނެތުން ދިފާއަކަށް ނުވުން
83 ވަނަ މާއްދާ - ރޭވުމުގައި ބައިވެރިވި މީހެއްގެ މައްޗަށް ދައުވާކުރެވެން ނެތުން ދިފާއަކަށް ނުވުން
ދައުވާ ރައްދުވާ ފަރާތުން ކުށެއްކުރުމަށް ރޭވި މީހަކީ ނުވަތަ ކުށެއް ކުރުމަށް އެދުނު މީހަކީ، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއްގައިވާ މީހެއްކަމުގައި ވުމަކީ، މި ގާނޫނުގެ 81 ވަނަ މާއްދާ "ކުށެއްކުރުމަށް އެދުން" ގެ ދަށުން ނުވަތަ މި ގާނޫނުގެ 82 ވަނަ މާއްދާ "ކުށެއްކުރުމަށް ރޭވުން" ގެ ދަށުން ކުރެވޭ ދައުވާއެއްގައި ލިބިދެވޭނެ ދިފާއެއް ނޫނެވެ.
(ހ) ދައުވާ އުފުލުމުން އިމްތިޔާޒު ލިބިގެންވާ މީހަކަށްވުން ނުވަތަ އެ ކުށުގެ ދައުވާ އުފުލިފައިވާ ނުވަތަ އެ ކުށުގެ ދައުވާ ސާބިތުވެފައިވާ މީހަކަށް ނުވުން؛
(ށ) އެ ކުށުގެ ދައުވާ، އުފުލި ދައުވާއިން ބަރީއަކުރެވިފައިވާ މީހަކަށްވުން؛
(ނ) އެހެން ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައިވުން، ނުވަތަ އެ ކުށުގެ އެހެން ދަރަޖައެއް އެ މީހާގެ މައްޗަށް ސާބިތުވެފައިވާ މީހަކަށްވުން؛ ނުވަތަ
(ރ) އޭނާއަކީ ށަރީއަތުގެ ބާރު ހިނގާ ހިސާބުން ބޭރުގައިވާ މީހެއް ކަމުގައިވުން.
ކުށް އޭނާގެ މައްޗަށް ހިންގުނު މީހާއަށް ލިބިދެވޭ ދިފާއު
84 ވަނަ މާއްދާ - ކުށް އޭނާގެ މައްޗަށް ހިންގުނު މީހާއަށް ލިބިދެވޭ ދިފާއު
މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، މި ގާނޫނުގެ 81 ވަނަ މާއްދާ "ކުށެއްކުރުމަށް އެދުން" ގެ ދަށުން ނުވަތަ މި ގާނޫނުގެ 82 ވަނަ މާއްދާ "ކުށެއް ކުރުމަށް ރޭވުން" ގެ ދަށުން ކުރެވޭ ދައުވާއެއްގައި، އަންނަނިވި ހާލަތްތައް އެގޮތަށް ދިމާވުމަކީ، ދިފާއެއް ކަމުގައި ބެލެވޭނެއެވެ:
(ހ) ދައުވާ ރައްދުވާ މީހާއަކީ، އެ މީހަކާ މެދު ކުށް ކުރެވުނުމީހާ ކަމުގައިވުން؛ ނުވަތަ
(ށ) ކުށް މާނަކޮށްފައިވާ ގޮތުން، ދައުވާ ރައްދުވާ ފަރާތުން ކުރި އަމަލަކީ، އޭނާގެ އިހްތިޔާރަކާނުލައި ކުރި އަމަލެއް ކަމުގައި ވީނަމަވެސް، ކުށުގެ އަމަލު ފުރިހަމަވީ، އޭނާގެ އަމަލު ހިމެނިގެން ކަމުގައިވުން.
ކުށެއް ކުރުމަށް އެއްބަސްވުމަށްފަހު އެކަން ދޫކޮށްލައި، ކުށުގެ އަމަލު ހިނގިޔަނުދިނުމުން ލިބިދޭ ދިފާއު
85 ވަނަ މާއްދާ - ކުށެއް ކުރުމަށް އެއްބަސްވުމަށްފަހު އެކަން ދޫކޮށްލައި، ކުށުގެ އަމަލު ހިނގިޔަނުދިނުމުން ލިބިދޭ ދިފާއު
(ހ) މި ގާނޫނުގެ 80 ވަނަ މާއްދާ "ކުށެއްކުރަން އުޅުން" އާއި މި ގާނޫނުގެ 81 ވަނަ މާއްދާ "ކުށެއް ކުރުމަށް އެދުން" އާއި މި ގާނޫނުގެ 82 ވަނަ މާއްދާ "ކުށެއްކުރުމަށް ރޭވުން" ގެ ދަށުން ކުރެވޭ ދައުވާއެއްގައި ދައުވާ ރައްދުވާ މީހާގެ ކިބައިގައި އޮތް ކުށުގެ މަގްސަދު މުޅިން ދޫކޮށްލައިފިކަމާއި އެކަން ދޫކޮށްލީ އޭނާގެ އަމިއްލަ އިހްތިޔާރުގައިކަން ރަމްޒުކޮށްދޭ ހާލަތްތަކުގައި، ދައުވާ ރައްދުވާ މީހާ ކުށުގެ އަމަލު ހިނގިޔަނުދީ ހުއްޓުވައިފިކަމުގައި ބެލެވިއްޖެ ހިނދެއްގައި، އޭނާއަށް ދިފާއެއް ލިބިގެންވެއެވެ.
(ށ) އަމިއްލަ އިހްތިޔާރުގައި ފުރިހަމައަށް ދޫކޮށްލާ ދޫކޮށްލުމަކަށްވުން
(ށ) ކުށެއްގެ މަގްސަދު އަންނަނިވި ހާލަތްތަކުގައި ދޫކޮށްލާ ދޫކޮށްލުމަކީ އަމިއްލަ އިހްތިޔާރުގައި ފުރިހަމައަށް ދޫކޮށްލި ދޫކޮށްލުމެއް ކަމުގައެއް ނުބެލެވޭނެއެވެ:
- އެކަން ދޫކޮށްލީ އަންނަނިވިފަދަ ހާލަތެއް އޮތްކަމަށް ގަބޫލުކުރެވިގެން ކަމަށްވުން؛
- އެ ކުށް ކުރާ ކަން އެނގިދާނެކަމުގެ ނުވަތަ އެ ކުށް ކުރަނިކޮށް ހައްޔަރުވެދާނެކަމުގެ ނުވަތަ އެ ކުށުގައި ބައިވެރިވާ އެހެން މީހަކު ހައްޔަރުކޮށްފާނެކަމަށް ގަބޫލުކުރެވޭނެ ފަދަ ހާލަތެއް އޮވެގެންކަމުގައިވުން؛ ނުވަތަ
- އެ ކުށް ކުރުން އިތުރަށް އުނދަގޫވާ ފަދަ ހާލަތެއް ކުރިމަތިވެގެން ކަމުގައިވުން.
- އެކަން ދޫކޮށްލީ އަންނަނިވި ފަދަ ނިންމުމަކާ ގުޅިގެން ކަމުގައިވުން:
- އެ ކުށް ކުރުން އެހެން ވަގުތަކަށް ލަސްކުރަން ނިންމުމަށް ފަހުގައިކަމުގައިވުން؛ ނުވަތަ
- އެހެން މީހަކާ މެދު އެ ކުށް ކުރުމަށް ނިންމުމަށް ފަހުގައިކަމުގައިވުން ނުވަތަ އެ ކުށުގެ މަގްސަދާ އެއްފަދަ އެހެންނަމަވެސް ތަފާތު މަގްސަދެއް ހާސިލުކުރުމަށް ނިންމުމަށް ފަހުގައިކަމުގައިވުން.
(ނ) ސާބިތުކުރުމަށް ބޭނުންވާ ހެކީގެ މިންގަނޑު
މި މާއްދާއިން ލިބިދޭ ދިފާއު ދައުވާ ރައްދުވާ ފަރާތަށް ލިބިދޭކަން ސާބިތުކޮށްދޭނީ އޭނާއެވެ. އެއީ، ލިބިހުރި ހެކި އަޅައިކިއުމަށް ފަހުގައެވެ.
ކުށެއް ކުރުމަށް އުޅުމާއި، ކުށެއް ކުރަން އެދުމާއި، ކުށެއް ކުރުމަށް ރޭވުން ދަރަޖަކުރުން
86 ވަނަ މާއްދާ – ދަރަޖަކުރުން
(ހ) މި ގާނޫނުގެ 80 ވަނަ މާއްދާ "ކުށެއްކުރަން އުޅުން" އާއި މި ގާނޫނުގެ 81 ވަނަ މާއްދާ "ކުށެއްކުރުމަށް އެދުން" އާއި މި ގާނޫނުގެ 82 ވަނަ މާއްދާ "ކުށެއްކުރުމަށް ރޭވުން" ގައި ކަނޑައަޅާފައިވާ ކުށްކުށަކީ ކުރަން އުޅުނު ނުވަތަ ކުރަން އެދުނު ނުވަތަ ކުރުމަށް ރޭވި ކުށުގެ ދަރަޖައަށް ވުރެ އެއް ދަރަޖަ ތިރީގައިވާ ކުށް ކުށެވެ.
(ށ) އަދަބުދިނުމުގައި ބަލާ ނުކުތާތައް
- ކުރަން އުޅުނު ކުށް ކުރުމާ ނުވަތަ ކުރަން އެދުނު ކުށް ކުރުމާ ނުވަތަ ރޭވި ކުށް ކުރުމާ ވަރަށް ގާތަށް ކުށްކުރި މީހާ އައިސްފައިވާކަމަށް ސާބިތުވާނަމަ، އޭނާއަށް ކަނޑައަޅާ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން އެއް ދަރަޖަ އުފުލިގެންވާނެއެވެ.
- ކުށްކުރި މީހާ:
- ކުށް ފުރިހަމަކުރުމަށް ބޭނުންވާ ހުރިހާ އަމަލެއް ފުރިހަމަކޮށްފައިވާނަމަ؛ ނުވަތަ
- އެހެން ބަޔަކާ ގުޅިގެން އެ ކުށް ކުރާއިރު، އޭނާ ކުރަންޖެހޭ ހުރިހާ އަމަލެއް އޭނާ ކޮށްފައިވާނަމަ، އޭނާއަށް ކަނޑައަޅާ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން ދެ ދަރަޖަ އުފުލިގެންވާނެއެވެ.
ކުށްކުރުމުގެ އާލާތް އަތުގައި ހުރުން
87 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) ކުށެއްކުރުމަށް ބޭނުންކުރުމުގެ މަގްސަދުގައި، އެ ކުށް ކުރުމުގައި ބޭނުންކުރާނެ އާލާތް އަތުގައި ބަހައްޓައިފި މީހަކު އެކުރަނީ ކުށެކެވެ.
(ށ) މާނަކުރުން
"ކުށްކުރުމުގެ އާލާތް" ކަމުގައި ބުނެފައި އެވަނީ:
- ކުށެއްކުރުމަށް ބޭނުންކުރުމަށްޓަކައި ހާއްސަކޮށް ތައްޔާރުކޮށްފައިވާ ނުވަތަ އެ މަގްސަދަށްޓަކައި ހާއްސަކޮށް ބަދަލުކޮށްފައިވާ ކޮންމެ އެއްޗަކަށެވެ؛ ނުވަތަ
- އާންމު ގޮތެއްގައި ކުށެއް ކުރުމުގެ ބޭނުމުގައި ގެންގުޅޭ އެއްޗެއްސަށާއި، ކުށުގެ ނިޔަތް ފުރިހަމައަށް ހާމަކޮށްދޭ ފަދަ ހާލަތެއްގައި ގެންގުޅޭ ކޮންމެ އެއްޗަކަށެވެ.
(ނ) ދަރަޖަކުރުން
މި ކުށުގެ ދަރަޖައަކީ ޖުނަހުގެ 1 ވަނަ ދަރަޖައެވެ.
މާނަކުރުން
88 ވަނަ މާއްދާ - މާނަކުރުން
"ކުށްކުރުމުގެ އާލާތް" އަށް ދީފައިވަނީ މި ގާނޫނުގެ 87 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
90 ވަނަ ބާބު
ކުށް ދަރަޖަކުރުމާއި އޭގެ ނަތީޖާ
90 ވަނަ މާއްދާ - ކުށް ދަރަޖަކުރެވިގެންވުން
91 ވަނަ މާއްދާ - ދަރަޖަކޮށްފައިނުވާ ކުށްކުށް
92 ވަނަ މާއްދާ - ޖަލުގައި ބަންދުކުރުމަށް ހުއްދަކުރެވިގެންވާ މުއްދަތު
93 ވަނަ މާއްދާ - ހުއްދަކުރެވިފައިވާ ޖޫރިމަނާގެ އަދަދުތައް
94 ވަނަ މާއްދާ - އެއް ކުށަށް ވުރެ ގިނަ ކުށަށް ދައުވާކުރުން
ކުށް ދަރަޖަކުރެވިގެންވުން
90 ވަނަ މާއްދާ - ކުށް ދަރަޖަކުރުން
މި ގާނޫނުގައި ބަޔާންކޮށްފައިވާ ކޮންމެ ޖިނާއީ ކުށަކީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، ދަރަޖަކުރެވިގެންވާ ކުށެކެވެ:
(ހ) 1ވަނަ ދަރަޖައިގެ ޖިނާޔަތު؛ ނުވަތަ
(ށ) 2ވަނަ ދަރަޖައިގެ ޖިނާޔަތު؛ ނުވަތަ
(ނ) 3ވަނަ ދަރަޖައިގެ ޖިނާޔަތު؛ ނުވަތަ
(ރ) 4ވަނަ ދަރަޖައިގެ ޖިނާޔަތު؛ ނުވަތަ
(ބ) 5ވަނަ ދަރަޖައިގެ ޖިނާޔަތު؛ ނުވަތަ
(ޅ) 1ވަނަ ދަރަޖައިގެ ޖުނަހް؛ ނުވަތަ
(ކ) 2ވަނަ ދަރަޖައިގެ ޖުނަހް؛ ނުވަތަ
(އ) 3ވަނަ ދަރަޖައިގެ ޖުނަހް؛ ނުވަތަ
(ވ) މުހާލަފާތު؛
(މ) މުހާލަފާތަކީ ޖިނާއީ ކުށެއް ނޫން
މުހާލަފާތަކީ، ޖިނާއީ ކުށެއް ނޫނެވެ. މުހާލަފާތުގެ ކުށެއް ސާބިތުވުމަކުން، ޖިނާއީ ކުށް ސާބިތުވުމުން ނުކުންނަ ބާވަތުގެ ގާނޫނީ ނަތީޖާތަކެއް، ނުނުކުންނާއެވެ.
ދަރަޖަކޮށްފައިނުވާ ކުށްކުށް
91 ވަނަ މާއްދާ - ދަރަޖަކޮށްފައިނުވާ ކުށްކުށް
(ހ) ޖަލުގައި ބަންދުކުރުމުގެ އަންނަނިވި މުއްދަތުތައް ހިމެނިގެންވާ ކުށްކުށަކީ، ތިރީގައި ބަޔާންކޮށްފައި އެވާ ދަރަޖައިގެކުށެވެ:
- 1 އަހަރުދުވަހަށް ވުރެ ދިގު މުއްދަތަކަށް ބަންދުކުރުން ހުއްދަ ކުރާނަމަ، އެއީ، 5 ވަނަ ދަރަޖައިގެ ޖިނާޔަތެކެވެ؛
- 6 މަސް ދުވަހަށްވުރެ ދިގު، އެހެންނަމަވެސް 1 އަހަރު ދުވަހަށްވުރެ ކުރު މުއްދަތަކަށް ބަންދުކުރުން ހުއްދަކުރާނަމަ، އެއީ، 1 ވަނަ ދަރަޖައިގެ ޖުނަހެކެވެ؛
- 6 މަސްދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް، އެހެންނަމަވެސް 3 މަސް ދުވަހަށްވުރެ ދިގު މުއްދަތަކަށް ބަންދުކުރާނަމަ، އެއީ، 2 ވަނަ ދަރަޖައިގެ ޖުނަހެކެވެ؛
- 3 މަސް ދުވަހަށް ވުރެ ކުރު މުއްދަތަކަށް ބަންދުކުރުން ހުއްދަ ކުރާނަމަ، އެއީ، 3 ވަނަ ދަރަޖައިގެ ޖުނަހެކެވެ.
(ށ) ވަކި ކުށަކީ ޖިނާޔަތެއްކަމުގައި، ހަމައެކަނި ބަޔާންކުރާނަމަ، އެއީ:
- 5 ވަނަ ދަރަޖައިގެ ޖިނާޔަތެކެވެ؛
- ވަކި ކުށަކީ، ޖުނަހެއްކަމުގައި ހަމައެކަނި ބަޔާންކުރާނަމަ، އެއީ، 2 ވަނަ ދަރަޖައިގެ ޖުނަހެކެވެ.
(ނ) މުހާލަފާތެއް ކަމުގައި ބެލެވޭނީ އަންނަނިވި ހާލަތްތަކުގައެވެ:
- އެއީ ޖިނާޔަތެއް ކަމުގައި ނުވަތަ ޖުނަހެއްކަމުގައި ކަނޑައެޅިގެން ބަޔާންކޮށްފައިނުވުމާއެކު، އެ ކުށަށް ޖަލުގައި ބަންދުކުރުމުގެ އަދަބެއް ކަނޑައެޅިފައިނުވުން؛
- އެއީ، އެ ކުށްކުރުމުގެ ނިޔަތް އޮތްކަން ސާބިތުކުރަންނުޖެހޭ، ހަމައެކަނި އަމަލު ސާބިތުކުރަންޖެހޭ ކުށަކަށްވުން؛
(ރ) އިހްމާލުގެ ހެކި ސާބިތުވެއްޖެކަމަށް ވާނަމަ މުހާލަފާތަކަށް ވުރެ މަތީ ދަރަޖައެއް ކަނޑައެޅުން
ކުށުގެ ރުކުންތައް ދެނެގަތުމުގައި އިހްމާލުވެފައިވާކަން ދައުވާ ކުރާފަރާތުން ސާބިތުކޮށްދޭ ހާލަތުގައި، ނިޔަތް ސާބިތުކުރަން ނުޖެހި، ހަމައެކަނި އަމަލު ސާބިތުކުރަންޖެހޭ ކުށަކީވެސް މުހާލަފާތަކަށްވުރެ މަތީ ދަރަޖައެއް ކަނޑައަޅަންޖެހިދާނެ ކުށެކެވެ. އެފަދަ ހާލަތެއްގައި، ކުށުގެ ދަރަޖައަކަށްވާނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދަރަޖައެވެ.
ޖަލުގައި ބަންދުކުރުމަށް ހުއްދަކުރެވިގެންވާ މުއްދަތު
92 ވަނަ މާއްދާ - ޖަލުގައި ބަންދުކުރުމަށް ހުއްދަކުރެވިގެންވާ މުއްދަތު
އެހެން ގޮތަކަށް މި ގާނޫނުގައި ބަޔާންކޮށްފައި ނުވާހާހިނދަކު، އަންނަނިވި ކުށްކުށަށް ޖަލުގައި ބަންދުކުރުމަށް ކަނޑައެޅޭ އެންމެ ދިގު މުއްދަތެއްކަމުގައި ބެލެވޭނީ އަންނަނިވި މުއްދަތުތަކެވެ:
(ހ) 1 ވަނަ ދަރަޖައިގެ ޖިނާޔަތަށް "މަރު ނުވަތަ" 25 އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން؛
(ށ) 2 ވަނަ ދަރަޖައިގެ ޖިނާޔަތަށް 15 އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން؛
(ނ) 3 ވަނަ ދަރަޖައިގެ ޖިނާޔަތަށް 8 އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން؛
(ރ) 4 ވަނަ ދަރަޖައިގެ ޖިނާޔަތަށް 4 އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން؛
(ބ) 5 ވަނަ ދަރަޖައިގެ ޖިނާޔަތަށް 2 އަހަރު ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން؛
(ޅ) 1 ވަނަ ދަރަޖައިގެ ޖުނަހަށް 1 އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން؛
(ކ) 2 ވަނަ ދަރަޖައިގެ ޖުނަހަށް 6 މަސްދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން؛
(އ) 3 ވަނަ ދަރަޖައިގެ ޖުނަހަށް 3 މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން؛
(ވ) މުހާލަފާތަކަށް، އެއްވެސް މުއްދަތަކަށް ޖަލުގައި ބަންދުކުރުމުގެ އަދަބެއް ނެތެވެ.
(މ) އެންމެ ދިގު މުއްދަތުގެ އަދަބު ހަމައެކަނި ކުށުގެ އެންމެ ނުރައްކާތެރި ވައްތަރަށް ކަނޑައެޅުން
ކުށަކަށް ކަނޑައަޅާފައިވާ އަދަބުގެ ދަރަޖައިގެ އެންމެ މަތީ ނިސްބަތުގެ އަދަބަކީ، އެ ކުށުގެ އެންމެ ބޮޑު އެންމެ ނުރައްކާތެރި ބާވަތަށް ކަނޑައެޅުން އެކަށީގެންވާ އަދަބެކެވެ.
(ފ) މަރުގެ އުގޫބާތް މީހަކު މެރުމުގެ އެންމެ ނުރައްކާތެރި ބާވަތުގެ ކުށަށް ހާއްސަވެގެންވުން
މަރުގެ އަދަބު ކަނޑައެޅިގެންވަނީ މީހަކު މެރުމުގެ ކުށުގެ ތެރެއިން، ގަސްތުގައި އެންމެ އަނިޔާވެރިކޮށް، އެންމެ އަނިޔާދެނިވި ގޮތެއްގައި މީހަކު މެރުމުގެ ކުށަށެވެ.
ހުއްދަކުރެވިފައިވާ ޖޫރިމަނާގެ އަދަދުތައް
93 ވަނަ މާއްދާ - ހުއްދަކުރެވިފައިވާ ޖޫރިމަނާގެ އަދަދުތައް
މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، އަންނަނިވި ދަރަޖަތަކުގައި ހިމެނޭ ކުށްކުށަށް ކަނޑައަޅާނީ ތިރީގައި ބަޔާންކޮށްފައި އެވާ ޖޫރިމަނާގެ އަދަދުތަކެވެ:
(ހ) ކުރުވި ގެއްލުމުގެ ނުވަތަ ލިބުނު ފައިދާގެ ދެ ގުނަ؛ ނުވަތަ
(ށ)
- 1ވަނަ ދަރަޖައިގެ ޖިނާޔަތަކަށް 2,000,000 ރުފިޔާ؛
- 2ވަނަ ދަރަޖައިގެ ޖިނާޔަތަކަށް 1,000,000 ރުފިޔާ؛
- 3ވަނަ ދަރަޖައިގެ ޖިނާޔަތަކަށް 400,000 ރުފިޔާ؛
- 4ވަނަ ދަރަޖައިގެ ޖިނާޔަތަކަށް 200,000 ރުފިޔާ؛
- 5ވަނަ ދަރަޖައިގެ ޖިނާޔަތަކަށް 100,000 ރުފިޔާ؛
- 1ވަނަ ދަރަޖައިގެ ޖުނަހަކަށް 50,000 ރުފިޔާ؛
- 2ވަނަ ދަރަޖައިގެ ޖުނަހަކަށް 24,000 ރުފިޔާ؛
- 3ވަނަ ދަރަޖައިގެ ޖުނަހަކަށް 12,000 ރުފިޔާ؛
- މުހާލަފާތަކަށް 4,000 ރުފިޔާ.
(ނ) އެކިއެކި ކުންފުނިތަކުން ދައްކަން ޖެހޭ ޖޫރިމަނާ
ކުންފުންޏަކުން ކުރާ ކުށަކާ ގުޅިގެން އެ ކުންފުންޏެއް ޖޫރިމަނާކުރެވޭނެ އެންމެ ބޮޑު އަދަދަކީ، މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ފަރުދަކު ދައްކަންޖެހޭ ޖޫރިމަނާގެ ދެ ގުނައެވެ.
އެއް ކުށަށް ވުރެ ގިނަ ކުށަށް ދައުވާކުރުން
94 ވަނަ މާއްދާ - އެއް ކުށަށް ވުރެ ގިނަ ކުށްސާބިތުވުން
(ހ) ދައުވާ ރައްދުވާ ފަރާތުން ކުރާ ކުށުގެ އެއް އަމަލުގެ ސަބަބުން، އެއް ކުށަށް ވުރެ ގިނަ ކުށުގެ ރުކުން ފުރިހަމަވާކަމުގައި ވާނަމަ، އެއިން ކޮންމެ ކުށަކަށް އޭނާގެ މައްޗަށް ދައުވާ އުފުލައި އެއިން ކޮންމެ ކުށެއް އޭނާގެ މައްޗަށް ސާބިތުކުރެވިދާނެއެވެ.
(ށ) އެއް ކުށަށް ވުރެ ގިނަ ކުށުގެ މައްޗަށް ދައުވާ ސާބިތުވުމާއި، މުއްދަތެއް ކަނޑައެޅުން
ދައުވާ ރައްދުވާ ފަރާތް ދެ ކުށަކުން ނުވަތަ ކުށެއްގެ ދެ ދަރަޖައަކުން ކުށްވެރިވާކަމަށް ކޯޓަށް ސާބިތުވާނަމަވެސް، އަދި އެކަންކަމަށް ދައުވާ ރައްދުވާ ފަރާތުން ޒިންމާއުފުލަންޖެހޭކަން ސާބިތުވާކަމުގައި ވީނަމަވެސް، އަންނަނިވި ހާލަތްތައް އެހެން ހުރެއްޖެނަމަ، އެ ދެ ކުށުގެ ތެރެއިން އެއް ކުށަށް މެނުވީ، ކޯޓުން އަދަބު ކަނޑައަޅައިގެން ނުވާނެއެވެ.
- އެ ދެ ކުށްވެސް ބިނާވެގެންވަނީ އެއް އަމަލެއްގެ މައްޗަށް ކަމުގައި ވުމާއި؛ އަދި
- އެ ދެ ކުށުގެ ތެރެއިން އެއް ކުށުން ލިބުނު ގެއްލުމަކީ:
(ހހ) އަނެއް ކުށުގެ ތެރޭގައި ފުރިހަމައަށް ހިމެނިގެންވާ ގެއްލުމަކަށްވުން؛ ނުވަތަ
(ށށ) ދެ ކުށަކީވެސް އެއްގޮތް ދެ ކުށް ކަމުގައި ވީނަމަވެސް އެއް ކުށަށް ވުރެ އަނެއް ކުށުގެ ދަރަޖަ ތިރިވުން؛ ނުވަތަ - އެ ދެ ކުށް ތަފާތުވެގެންދަނީ ހަމައެކަނި އަންނަނިވި ގޮތުގައި ކަމުގައިވުން؛
(ހހ) އެއް ކުށުން ހަމައެކަނި މަނާކުރަނީ ވަކި ބާވަތެއްގެ އަމަލެއް ވަރަށް އާންމުކޮށްކަމުގައި ވުމާއި، އަނެއް ކުށުން މަނާކުރަނީ އެ ބާވަތުގެ އަމަލުގެ ވަކި ހާލަތެއްކަމުގައިވުން؛ ނުވަތަ
(ށށ) އަނެއްކުށުން ލިބުނު ގެއްލުމަށްވުރެ ކުޑަ މިންވަރަކަށް ވީނަމަވެސް، ދެކުށުންވެސް ލިބުނީ އެއްބާވަތެއްގެ ގެއްލުމަކަށްވުން. - އޭނާ ކުރި ކުށްތައް މާނަކުރެވިފައިވަނީ ހިނގަމުންދާ އަމަލުތަކެއްގެ މައްޗަށް ބިނާކޮށްކަމުގައި ވުމާއި، ދައުވާ ރައްދުވާ ފަރާތުގެ އަމަލުތަކަށް އެއްވެސް ގޮތަކަށް ހުއްޓުމެއް އައިސްފައި ނުވުން. (ނަމަވެސް އެއީ، އޭނާގެ އަމަލުގެ އެކި ބައިބަޔަކީ ވަކި ކުށުގެ ގޮތުގައި ގާނޫނުގައި ކަނޑައަޅާފައި ނުވާނަމައެވެ.)
- އެ ދެ ކުށުގެ ތެރެއިން އެއް ކުށުން ލިބުނު ގެއްލުމަކީ:
- ދެ ކުށުގެ ތެރެއިން އެއް ކުށުގައި ހިމެނިގެންވާ އަމަލަކީ އޭގެ ޒާތުގައި ފުރިހަމަނުވާ ކުށަކަށް ވުމާއި؛
- އެހެން ކުށެއް ފުރިހަމަކުރުމަށްޓަކައި ކުރެވޭ އަމަލެއްކަމުގައިވުން؛ ނުވަތަ
- ދެ ކުށަކީ، ވަކި ދެ ކުށްކަމުގައި ވީނަމަވެސް، މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެއް ކުށާއި އަނެއް ކުށާ ދެމެދު ގުޅުމެއް ހުރުން.
- އެއިން ކޮންމެ ކުށަކީވެސް އޭގެ ޒާތުގައި ފުރިހަމަނުވާ ކުށުގެ އަމަލަކަށް ވުމާއި އެއިން ކޮންމެ ކުށަކީވެސް އެހެން ވަކި ކުށެއް ކުރުމަށްޓަކައި ކުރެވުނު އަމަލެއްކަމުގައިވުން؛ ނުވަތަ
- ދެ ކުށުގެ ތެރެއިން އެއް ކުށަކީ ދައުވާ ރައްދުވާ ފަރާތުން ސީދާ ކުރި އަމަލެއްގެ މައްޗަށް ބިނާވެފައިވާ ކުށަކަށް ވުމާއި، އަނެއް ކުށް ބިނާވެގެންވަނީ މި ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން އެހެން މީހެއްގެ އަމަލަކަށް ޒިންމާ އުފުލަންޖެހޭ ހައިސިއްޔަތުން ކަމުގައިވުން.
- އެކުށްތައް ކުރިކަން ސާބިތުކުރުމަށް ބޭނުންކުރާ ހަގީގަތްތައް، އެއް ހަގީގަތް އަނެއް ހަގީގަތާ ތައާރުޒުވުން.
(ނ) އަދަބު ކަނޑައެޅުން
މި މާއްދާގެ (ށ) ގެ ދަށުން އެއް ހުކުމަށްވުރެ ގިނަ ހުކުމް ކަނޑައެޅުން މަނާކުރާ ހާލަތްތަކުގައި، ކޯޓުން ހުކުމް ކަނޑައަޅާނީ އެ ދެ ކުށުގެ ތެރެއިން، ނުވަތަ އެއް ކުށުގެ ދެ ދަރަޖައިގެ ތެރެއިން، އެންމެ ބުރަދަން ބޮޑު ކުށަށެވެ. ނުވަތަ އެންމެ މަތީ ދަރަޖައިގެ ކުށަށެވެ.
ދެވަނަ ބައި: ހާއްސަ ބައި
ނަފުސާ ދެކޮޅަށް ކުރެވޭ ކުށް
110 ވަނަ ބާބު
މެރުމުގެ ކުށް
110 ވަނަ މާއްދާ - މެރުން
111 ވަނަ މާއްދާ - ގަސްދަކާ ނުލައި މީހަކު މެރުން
112 ވަނަ މާއްދާ - އިހުމާލުގެ އަމަލަކުން މީހަކު މަރުވުން
113 ވަނަ މާއްދާ - އަމިއްލައަށް މަރުވާން މަޖުބޫރު ކުރުވުމާއި، މީހަކު އަމިއްލައަށް މަރުވާން އެހީތެރިވެދިނުމާއި، މީހަކު އަމިއްލައަށް މަރުވުމަށް އެދުމާއި، މީހަކު އަމިއްލައަށް މަރުވާން އުޅުން
114 ވަނަ މާއްދާ - މަރެއް ފޮރުވުން
115 ވަނަ މާއްދާ - މާނަކުރުން
މެރުން
110 ވަނަ މާއްދާ - މެރުން
(ހ) ކުށް ކަނޑައެޅުން
އެނގިހުރެ މީހަކު މަރައިފި މީހާ އެކުރަނީ ކުށެކެވެ.
(ށ) އިންސާނާގެ ފުރާނައަށް އެއްވެސް ފަރުވާލެއްނެތި ކުރާ އަމަލަކުން މީހަކު މަރުވުން
އިންސާނާގެ ފުރާނައިގެ އަގަށް އެއްވެސް ފަރުވާލެއް ނެތް ކަމަށް ދައްކުވައިދޭ ހާލަތެއްގައި، މީހަކު ކުރާ ފަރުވާކުޑަ އަމަލެއްގެ ސަބަބުން، މީހަކު މަރުވެއްޖެނަމަ، އެ އަމަލު ހިންގި މީހާ އެކުރަނީ ކުށެކެވެ.
(ނ) ޖިނާޔަތުގެ ކުށް އެހެން ގޮތަކަށް ސާބިތުނުކުރެވޭހާ ހިނދަކު މަރުގެ ކުށެއް ކަމަށް ބެލުން
އަންނަނިވި ހާލަތްތަކުގައި، މީހަކު ކުރާ އަމަލަކީ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން، އިންސާނާގެ ފުރާނައިގެ އަގަށް އެއްވެސް ފަރުވާލެއްނެތި، ހިންގި ފަރުވާކުޑަ އަމަލެއްކަމުގައި، އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު، ފަނޑިޔާރު ގަބޫލުކުރަންވާނެއެވެ.
- އަންނަނިވިފަދަ ކުށެއް ކުރުމުގައި ބައިވެރިވުމާއި، އެފަދަ ކުށެއް ކުރާ މީހަކަށް އެހީތެރިވުމާއި، އެފަދަ ކުށެއް ކުރަން އުޅުމާއި، އަދި އެފަދަ ކުށެއް ކުރުމަށްފަހު ފިލުން؛
- އެއްވެސް އަނިޔާވެރި ކުށެއް.
(ރ) ދަރަޖަކުރުން
މި ކުށަކީ ޖިނާޔަތުގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
(ބ) މާނަކުރުން
"އަނިޔާވެރި ކުށް" ކަމަށް ބުނެފައި އެވަނީ އިންސާނާގެ ހަށިގަނޑަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބިދާނެ ކުށަކަށެވެ.
ގަސްދަކާ ނުލައި މީހަކު މެރުން
111 ވަނަ މާއްދާ - ފަރުވާކުޑަ އަމަލަކުން މީހަކު މަރުވާން ދިމާވުން
(ހ) މީހަކު ކުރާ ފަރުވާކުޑަ އަމަލެއްގެ ސަބަބުން، އެހެން މީހަކު މަރުވެއްޖެނަމަ، އެ އަމަލު ކުރާ މީހާ އެކުރަނީ ކުށެކެވެ.
(ށ) ސިކުނޑިއަށް ނުވަތަ ޖަޒުބާތަށް އިންތިހާއަށް އަސަރުކޮށްފައިވާ ހާލަތްތަކުގައި މެރުމުގެ ކުށަކަށް ނުވުން
މި ގާނޫނުގެ 110 ވަނަ މާއްދާގެ ދަށުން މީހަކު މެރުމުގެ ކުށް ކަމުގައި ބެލެވޭ އަމަލެއް މީހަކު ކުރި ނަމަވެސް، އަންނަނިވި ހާލަތްތަކުގައި އެއީ މި ގާނޫނުގެ 111 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ކުށް ކަމުގައި ބަލަންވާނެއެވެ:
- އޭނާ، އެ އަމަލު ހިންގާފައިވަނީ، އޭނާގެ ސިކުނޑިއަށް ނުވަތަ ޖަޒުބާތަށް އިންތިހާއަށް އަސަރުކޮށްފައިވާ ދަނޑިވަޅެއްގައި، އެކަމުގެ ނުފޫޒުގައިހުރެ ކަމުގައިވުން؛
- އެ ކުރި އަމަލަށް އެކަށީގެންވާ ސަބަބެއް އޮތުމާއި، އެސަބަބުގެ އެކަށީގެންވާކަން އެ އަމަލު ހިންގާ މީހާ ހުރިކަމަށް ގަބޫލުކުރެވޭ ހާލަތުގައި ހުންނަ އެހެން މީހެއްގެ ނަޒަރުން ކަނޑައެޅިގެން ދިޔުން.
- ސާބިތުކޮށްދިނުމުގެ ޒިންމާ
- ދައުވާ ރައްދުވާ ފަރާތުން ހިންގި ކުށުގެ އަމަލަކީ، މީހަކު މެރުމުގެ ގަސްދަކާ ނުލައި ހިންގި އަމަލެއްކަން ސާބިތުކޮށްދިނުމަކީ، އެކަމުގެ މައްޗަށް ލިބި ހުރި ހެކި ވަޒަންކުރުމާއެކު، ދައުވާ ރައްދުވާ ފަރާތުން، އުފުލަންޖެހޭނެ ޒިންމާއެކެވެ.
(ނ) ދަރަޖަކުރުން
މިއީ، ޖިނާޔަތުގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ.
އިހުމާލުގެ އަމަލަކުން މީހަކު މަރުވުން
112 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) މީހަކުކުރާ އިހުމާލުގެ އަމަލަކުން، އެހެން މީހަކު މަރުވެއްޖެނަމަ، އެ އަމަލު ކުރި މީހާ އެކުރަނީ ކުށެކެވެ.
(ށ) މިއީ، ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
އަމިއްލައަށް މަރުވާން މަޖުބޫރު ކުރުވުމާއި، މީހަކު އަމިއްލައަށް މަރުވާން އެހީތެރިވެދިނުމާއި، މީހަކު އަމިއްލައަށް މަރުވުމަށް އެދުމާއި، މީހަކު އަމިއްލައަށް މަރުވާން އުޅުން
113 ވަނަ މާއްދާ - އަމިއްލައަށް މަރުވާން މަޖުބޫރުކުރުވުން
(ހ) ބާރުގެ ބޭނުންކޮށްގެން، ނުވަތަ ބާރުގެ ބޭނުންކޮށްފާނެކަމުގެ ބިރުދައްކައިގެން ނުވަތަ މަކަރާއި ހީލަތުން ކުރާ ކަމަކުން، އެހެން މީހަކު އަމިއްލައަށް މަރުވެއްޖެނަމަ، ބިރުދެއްކި މީހާ، ނުވަތަ ބާރުގެ ބޭނުންކުރި މީހާ، ނުވަތަ މަކަރާއި ހީލަތުގެ އަމަލު ކުރި މީހާ އެކުރަނީ ކުށެކެވެ.
(ށ) އަމިއްލައަށް މަރުވާން އެހީތެރިވެދިނުމާއި، އެކަމަށް އެދުމާއި، އަމިއްލައަށް މަރުވާންއުޅުން.
-
ކުށް ކަނޑައެޅުން
އެނގިހުރެ، އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލެއް ކުރާ މީހާ އެކުރަނީ ކުށެކެވެ:- އެހެން މީހަކު އަމިއްލައަށް މަރުވުމަށް އެދުމާއި؛ ނުވަތަ؛ އެހީތެރިވެދިނުން؛ ނުވަތަ؛
- އަމިއްލައަށް މަރުވާން އުޅުން.
-
އިސްތިސްނާ
އަންނަނިވި ހާލަތްތަކުގައި، ހުއްދަދެވިފައިވާ ސިއްހީ މަސައްކަތްތެރިއަކު އެކުރަނީ، މި މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގެ (i) ގެ ދަށުން، ކުށެއް ނޫނެވެ:- ބަލިމީހެއްގެ ސިކުނޑި މަރުވެފައިވާކަން އެނގެން އޮންނަ ހާލަތްތަކުގައި ނުވަތަ އެމީހަކީ އަނބުރާ ހޭނުލެވޭ ފަދަ ކޯމާއެއްގައި އޮތް މީހެއްކަން އެނގޭނެ އެކަށީގެންވާ ސިއްހީ ސަބަބުތައް ހުރި މީހެއްނަމަ، ބަލިމީހާގެ އާއިލާގައި އޭނާއާ އެންމެ ގާތްކޮށް ތިބި މީހުންގެ އެދުމުގެ މަތިން، މަސައްކަތްކުރުން ހުއްޓުވާލުން.
- އެބަލިމީހަކު ދިރިދުނިޔޭގައި ބޭއްވުމަށްޓަކައި އޭނާއާ ގުޅައިފައިވާ ސިއްހީ ވަސީލަތްތައް ބަލިމީހާގެ އާއިލާގައި އޭނާއާ އެންމެ ގާތްކޮށް ތިބި މީހުންގެ އެދުމުގެ މަތިން، މަސައްކަތްކުރުން ހުއްޓުވާލުން.
-
އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު ގަބޫލުކުރާނެ ގޮތް
އަންނަނިވި ކަންކަން ގަސްދުގައި ކުރާ މީހާ، މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ (ii) ގައި ބަޔާންކޮށްފައިވާ، އަމިއްލައަށް މަރުވާން އުޅުމުގެ ކުށްކުރަން އުޅެފިކަމުގައި، އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު، ފަނޑިޔާރު ގަބޫލުކުރަންވާނެއެވެ.- މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ނުވަތަ ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް އޯވަރޑޯޒްވާ މިންވަރަށް ބޭނުންކުރުން؛
- އޭނާގެ އަމިއްލަ ހަށިގަނޑަށް ޖިސްމާނީ ބޮޑެތި އަނިޔާކުރުން.
(ނ) މާނަކުރުން
"އަމިއްލައަށް މަރުވުން" ކަމަށް ބުނެފައި އެވަނީ، ތިމާ އަމިއްލައަށް މަރުވެދާ ފަދަ އަމަލެއް އެނގިހުރެ ކުރުމަށެވެ.
(ރ) ދަރަޖަކުރުން
މި ކުށް ދަރަޖަކޮށްފައިވަނީ، އަންނަނިވި ފަދައިންނެވެ.
-
އަމިއްލައަށް މަރުވާން މަޖުބޫރުކުރުވުން
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށަކީ، މި ގާނޫނުގެ 110 ވަނަ މާއްދާއިން 112 ވަނަ މާއްދާގެ ނިޔަލަށް ބަޔާންކޮށްފައިވާ ކުށުގެ އަމަލު ދައުވާ ރައްދުވާ މީހާ، އޭނާގެ އަމިއްލަ ޒާތުގައި ކޮށްފި ހިނދެއްގައި އޭނާއަށް ދެވޭ އަދަބަށްވުރެ، އެއް ދަރަޖަ ތިރީގައިވާ ކުށެކެވެ. -
އަމިއްލައަށް މަރުވާން އެހީތެރިވެދިނުމާއި، އެ ކަމަށް އެދުން
މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ (i) ގައިވާ ކުށަކީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ. އެއީ އެއަމަލުގެ ސަބަބުން އެހެން މީހަކު އަމިއްލައަށް މަރުވެއްޖެނަމަ ނުވަތަ މަރުވާންއުޅެފި ނަމައެވެ. -
އަމިއްލައަށް މަރުވާން އުޅުން
އަމިއްލައަށް މަރުވާން އުޅުމަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
މަރެއް ފޮރުވުން
114 ވަނަ މާއްދާ - މަރެއް ފޮރުވުން
(ހ) ކުށް ކަނޑައެޅުން
މީހަކު މަރުވެފައި އޮތީ އެހެން މީހަކު އޭނާ މަރައިލައިގެންކަން މީހަކަށް އެނގިހުރެ، އެކަން ފޮރުވާ މީހާ އެކުރަނީ ކުށެކެވެ.
(ށ) ދަރަޖަކުރުން
މިއީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.
މާނަކުރުން
115 ވަނަ މާއްދާ - މާނަކުރުން
(ހ) "ހަށިގަނޑަށް ލިބޭ އަނިޔާ" އަށް ދީފައިވަނީ މި ގާނޫނުގެ 17 ވަނަ މާއްދާގެ (7) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ށ) "މަކަރާއި ހީލަތް" އަށް ދީފައިވަނީ މި ގާނޫނުގެ 212 ވަނަ މާއްދާގެ (ށ) ގެ (2) ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ނ) "ބާރުގެ ބޭނުންކޮށްފާނެކަމުގެ ނުފޫޒު" އަށް ދީފައިވަނީ މި ގާނޫނުގެ 55 ވަނަ މާއްދާގައި ދީފައިވާ މާނަކުރުމެވެ.
(ޅ) "ހަށިގަނޑަށް ލިބޭ ބޮޑެތި އަނިޔާ" އަށް ދީފައިވަނީ މި ގާނޫނުގެ 17 ވަނަ މާއްދާގެ (91) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ކ) "އަމިއްލައަށް މަރުވުން" އަށް ދީފައިވަނީ 113 ވަނަ މާއްދާގެ (ނ) ގައި ދީފައިވާ މާނަކުރުމެވެ.
(ވ) "އަނިޔާވެރި ކުށް" އަށް ދީފައިވަނީ މި ގާނޫނުގެ 110 ވަނަ މާއްދާގެ (ބ) ގައި ދީފައިވާ މާނަކުރުމެވެ.
120 ވަނަ ބާބު
ޖެހުމާއި، ޖަހާފާނެކަމުގެ ބިރުދެއްކުމާއި އަދި އެހެނިހެން ބިރުދެއްކުމުގެ ކުށް
121 ވަނަ މާއްދާ - ފަރުވާލެއްނެތި ކުރާ އަމަލަކުން އަނިޔާއެއް ލިބިދާނެކަމުގެ ބިރުދެއްކުން
122 ވަނަ މާއްދާ - ބިރުދެއްކުމާއި ދޮގު ހަބަރު ދިނުން
123 ވަނަ މާއްދާ - މާނަކުރުން
ޖެހުން
120 ވަނަ މާއްދާ - ޖެހުން
(ހ) ކުށް ކަނޑައެޅުން
މީހެއްގެ ރުހުމަކާ ނުލައި އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް ހިންގާ މީހާ އެކުރަނީ ކުށެކެވެ:
- އޭނާގެ ގައިގާ އަތްލުން ނުވަތަ އޭނާއަށް އަނިޔާއެއް ކުރުން؛ ނުވަތަ
- އޭނާއަށް އެ ވަގުތު އަނިޔާއެއް ދީފާނެކަމުގެ ބިރު ދެއްކުން.
(ށ) ދަރަޖަކުރުން
- އަންނަނިވި ހާލަތްތަކުގައި މި ކުށަކީ، ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
- ބޮޑު އަނިޔާއެއް މީހެއްގެ ހަށިގަނޑަށް ދިނުން؛ ނުވަތަ
- އެކުށް ކުރުމުގައި، ނުރައްކާތެރި ހަތިޔާރެއް ބޭނުންކުރުން؛ ނުވަތަ
- އެ އަމަލުގެ ސަބަބުން އަނިޔާ ލިބުނު ފަރާތަކީ ފުލުހެއް ނުވަތަ ސިފައިންގެ މީހެއްކަމުގައިވުން.
-
އަނިޔާއެއް ދިނުން
މީހެއްގެ ހަށިގަނޑަށް އަނިޔާއެއް އޭނާ ދިންކަމަށްވާނަމަ، އެ ކުށަކީ ޖުނަހްގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ.
-
ޖެހުން
އެނޫން ހާލަތްތަކުގައި، އެ ކުށަކީ، ޖުނަހްގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.
(ނ) އަދަބު ކަނޑައެޅުމުގައި ވިސްނަން ޖެހޭ ނުކުތާ
އަނިޔާކުރީ މީހަކު އޭނާ ދިރިއުޅޭ ގޭގައި ހުއްޓާ ކަމުގައިވާނަމަ ނުވަތަ ގެއެއްގައި މެހުމާނެއްގެ ގޮތުގައި ހުއްޓާ ކަމަށްވާނަމަ، މި މާއްދާގެ ދަށުން ކުށެއްކަމަށް ބަލާ ކޮންމެ އަމަލަކަށް ދެވޭ އަދަބު، މި ގާނޫނުގެ 1002 ވަނަ މާއްދާގައިވާ އަދަބު ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތަކުގެ އެންމެ އަސާސީ މިންގަނޑުގެ މައްޗަށް އެއް ދަރަޖަ އުފުލިގެން ވާނެއެވެ.
(ރ) މާނަކުރުން
- "ނުރައްކާތެރި ހަތިޔާރު" ކަމަށް ބުނެފައި އެވަނީ:
- އެއިން ހިފިދާނެ ހުއްދަ އެހެން ބޭނުމެއް އޮތްކަން ސާބިތުކޮށްދެވެން ނެތް ހާލަތްތަކުގައި ބޭނުންކުރާ، މީހަކު މަރާލެވިދާ ފަދަ ގާބިލުކަން ހުރި ހަތިޔާރަށެވެ. ނުވަތަ؛
- އެއިން އާދައިގެ އާންމު ހުއްދަ ބޭނުމެއް ކުރެވެން ނުހުންނަ އެއްޗެހީގެ ތެރެއިން މީހަކަށް ބޮޑެތި އަނިޔާ ލިބިދާނެ ފަދަ ގޮތަކަށް ބޭނުންކުރެވޭ އެއްޗެއްސަށެވެ. ނުވަތަ؛
- ގާނޫނު ނަންބަރު 2010-17 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުމުގެ ގާނޫނު) ގެ ދަށުން "ނުރައްކާތެރި ހަތިޔާރު" އާއި "ތޫނު އެއްޗެއް" ގެ މާނައިގެ ތެރޭގައި ހިމެނޭ އެއްޗެއްސަށެވެ.
- "ގެ" ކަމަށް ބުނެފައި އެވަނީ މީހަކު ދިރިއުޅުމަށްޓަކައި ބޭނުންކުރާ އިމާރާތެއް ނުވަތަ އުޅަނދަކަށެވެ.
ފަރުވާލެއްނެތި ކުރާ އަމަލަކުން އަނިޔާއެއް ލިބިދާނެކަމުގެ ބިރުދެއްކުން
121 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) މީހަކު ފަރުވާލެއްނެތި ކުރާ އަމަލެއްގެ ސަބަބުން، މީހަކަށް، އޭނާ މަރުވެދާނެކަމުގެ ނުވަތަ އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެކަމުގެ ބިރެއް ކުރިމަތިކުރުވައިފިކަމަށް ވާނަމަ، އެ އަމަލު ކުރާ މީހާ އެކުރަނީ ކުށެކެވެ.
(ށ) އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު، ގަބޫލުކުރާނެ ގޮތް
ގާނޫނާއި ގަވާއިދާއި ހިލާފަށްކުރާ އަންނަނިވި އަމަލުތަކަކީ، އެހެން މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ގޮތަށް ނުވަތަ އޭނާ މަރުވެދާނެ ގޮތަށް، ފަރުވާލެއްނެތި ކުރާ އަމަލެއްކަމުގައި، އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު، ފަނޑިޔާރު ގަބޫލުކުރަންވާނެއެވެ.
- ގޮވާ ތަކެއްޗާއި ފަނާކުރަނިވި މާއްދާއާބެހޭ؛ ނުވަތަ
- މެށިނަރީއާއި އިންޖީނާއި އަދިވެސް އިންޖީނުން މަސައްކަތްކުރާ އެހެނިހެން އެއްޗެއްސާބެހޭ؛ ނުވަތަ
- އިމާރާތް ތެޅުމާއި ވެއްޓުމާބެހޭ؛ ނުވަތަ
- ޖަނަވާރު ގެންގުޅުމާއި، ބެލެހެއްޓުމާބެހޭ؛
- ގަސްގަހާގެހި ކެނޑުމާއި ވައްޓާލުމާބެހޭ؛ ނުވަތަ
- ކަނޑުގައި ދުއްވާ އުޅަނދުފަހަރު އެހެލާ ބޭލުމާބެހޭ.
(ނ) މާނަކުރުން
- "ފަނާކުރަނިވި މާއްދާ" ކަމަށް ބުނެފައި އެވަނީ، ގޮވާ ތަކެއްޗަށާއި، އަލިފާންރޯވެދާފަދަ ތަކެއްޗަށެވެ. އޭގެ ތެރޭގައި ވަކި ވަގުތެއް ޖެހުމުން ގޮވާ ގޮތަށް ހަދާފައި ހުންނަ ތަކެއްޗާއި، ގޮވާނެ ވަކި ގޮތެއް ރޭވިފައި ހުންނަ ތަކެއްޗާއި، ވިހައާއި، ވިހަ ގޭހާއި، މީހުން މަރުވެދާފަދަ ބައެލޮޖިކަލް ނުވަތަ ކެމިކަލް މާއްދާތަކާއި، ރޭޑިއޯއެކްޓިވް މާއްދާތައް ހިމެނޭ ގޮތަށެވެ.
- "ގޮވާ ތަކެތި" ކަމަށް ބުނެފައި އެވަނީ، އާންމު ބޭނުންތަކަށް ބޭނުންކުރުމަށް މަނާކުރެވިފައިވާ ނުވަތަ އެ ބޭނުންކުރުމަށްޓަކައި ސަރުކާރުގެ ހުއްދަ ހޯދަންޖެހޭ އެއްޗެހީގެ ތެރެއިން އޭގެ ޒާތުގައި ގޮވާ ކޮންމެ ވަސީލަތަކަށެވެ.
(ރ) ދަރަޖަކުރުން
- އެ ކުށުގެ އަމަލު ހިންގީ އިންސާނާގެ ފުރާނައަށް އެއްވެސް ފަރުވާލެއް ނެތް ގޮތުގައިކަމުގައި ރަމްޒުކޮށްދޭ ހާލަތެއްގައިކަމުގައި ވާނަމަ، އެ ކުށަކީ، ޖިނާޔަތުގެ
4 ވަނަ ދަރަޖައިގެ ކުށެކެވެ. - އެނޫން ހާލަތްތަކުގައި އެ ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
ބިރުދެއްކުމާއި ދޮގު ހަބަރު ދިނުން
122 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލެއް ކުރާ މީހާ އެކުރަނީ ކުށެކެވެ:
- މީހަކަށް އަނިޔާއެއް ލިބިދާފަދަ ކުށެއް ކޮށްފާނެކަމުގެ ބިރުދެއްކުން؛ ނުވަތަ
- މައުލޫމާތަކީ ކަނޑައެޅިގެން ރަނގަޅުނޫން މައުލޫމާތެއްކަން އެނގިހުރެ، މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިދާފަދަ ހާލަތެއް ކުރިމަތިވެދާނެކަމުގެ ހަބަރު ނުވަތަ އަނިޔާވެރި ކުށެއް ހިންގައިފާނެކަމުގެ ހަބަރު އެހެން މީހަކަށް ދިނުން.
(ށ) ދަރަޖަކުރުން
އެއީ، ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
މާނަކުރުން
123 ވަނަ މާއްދާ - މާނަކުރުން
(ހ) "ހަށިގަނޑަށް ލިބޭ އަނިޔާ" އަށް ދީފައިވަނީ މި ގާނޫނުގެ 17 ވަނަ މާއްދާގެ (7) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ށ) "ފަނާކުރަނިވި މާއްދާ" އަށް ދީފައިވަނީ މި ގާނޫނުގެ 121 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ނ) "ނުރައްކާތެރި ހަތިޔާރު" އަށް ދީފައިވަނީ މި ގާނޫނުގެ 120 ވަނަ މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ރ) "ގޮވާ ތަކެތި" އަށް ދީފައިވަނީ މި ގާނޫނުގެ 121 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ބ) "ގެ" އަށް ދީފައިވަނީ މި ގާނޫނުގެ 120 ވަނަ މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ޅ) "ހަށިގަނޑަށް ލިބޭ ބޮޑެތި އަނިޔާ" އަށް ދީފައިވަނީ މި ގާނޫނުގެ 17 ވަނަ މާއްދާގެ (91) ވަނަ ނަންބަރު ގައި ދީފައިވާ މާނަކުރުމެވެ.
(ކ) "އަނިޔާވެރި ކުށް" އަށް ދީފައިވަނީ މި ގާނޫނުގެ 110 ވަނަ މާއްދާގެ (ބ) ގައި ދީފައިވާ މާނަކުރުމެވެ.
130 ވަނަ ބާބު
ޖިންސީ އަމަލުގެ ކުށް
130 ވަނަ މާއްދާ - ގަދަކަމުން ޒިނޭކުރުން
131 ވަނަ މާއްދާ - ޖިންސީ އަމަލު
132 ވަނަ މާއްދާ - ބޭއަދަބީ ގޮތުގައި އައުރަ ހާމަކުރުން
133 ވަނަ މާއްދާ - ޖިންސީ ބޭނުންހިފުން
134 ވަނަ މާއްދާ - ޖިންސީ އަމަލުގެ ކުށްކުށާ ގުޅޭ އާންމު އުސޫލުތައް
135 ވަނަ މާއްދާ - މާނަކުރުން
ގަދަކަމުން ޒިނޭކުރުން
130 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) ރުހުމަކާ ނުލައި، ގަދަކަމުން ޒިނޭކުރާ މީހާ އެކުރަނީ ކުށެކެވެ.
(ށ) އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު ގަބޫލުކުރާނެ ގޮތް
މީހަކު އޭނާގެ އަނބިމީހާއާ ޖިމާއުވާ ހާލަތުގައި، އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު، ރުހުން އޮތްކަމުގައި ފަނޑިޔާރު ގަބޫލުކުރަންވާނެއެވެ.
(ނ) މާނަކުރުން
"ޒިނޭކުރުން" އަށް ދީފައިވަނީ މި ގާނޫނުގެ 411 ވަނަ މާއްދާގެ (ޅ) ގައި ދީފައިވާ މާނަކުރުމެވެ.
(ރ) ދަރަޖަކުރުން: ގަދަކަމުން ޒިނޭކުރުން
- އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއްގައި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށް ކުރާނަމަ، އެ ކުށަކީ، ޖިނާޔަތުގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ:
- އަނިޔާ ލިބުނު ފަރާތަކީ ކުޑަކުއްޖެއް ކަމުގައިވުމާއި ދައުވާ ރައްދުވާ މީހާއަކީ، އެކުއްޖާގެ އުމުރާ އަޅައި ބަލާއިރު 4 އަހަރު ނުވަތަ އެއަށް ވުރެ ގިނަ އަހަރު ދޮށީ މީހެއް ކަމުގައިވުން؛ ނުވަތަ
- ބާރުގެ ބޭނުންކޮށްގެން، ނުވަތަ ބާރުގެ ބޭނުންކޮށްފާނޭކަމުގެ ބިރުދައްކައިގެން، ޒިނޭކުރުމަށް މަޖުބޫރުކުރުވުން.
- އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއްގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށް ކުރާނަމަ، އެ ކުށަކީ، ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.
- ކުށުގެ އަނިޔާ ލިބުނީ 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށްކަމުގައިވުން؛
- އެ ހިންގި އަމަލުގެ ބާވަތް ދެނެގަންނަން އަނިޔާ ލިބުނު މީހާއަށް ނޭގޭނެކަން ދައުވާ ރައްދުވާ މީހާއަށް އެނގިގެންވުން؛
- ދައުވާ ރައްދުވާ މީހާއަކީ އަނިޔާ ލިބުނު ފަރާތް ބެލެހެއްޓުމުގެ ޒިންމާ އުފުލަން ޖެހިފައިވާ މަގާމެއްގައި ހުރި މީހަކަށްވުން.
- އެނޫން ހާލަތްތަކުގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
ޖިންސީ އަމަލު
131 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) ޖިންސީ އެދުންވެރިކަން އުފެއްދުމުގެ މަގްސަދުގައި ނުވަތަ ޖިންސީ އެދުންވެރިކަން ހާސިލުކުރުމުގެ މަގްސަދުގައި އެހެން މީހަކާއެކު ޖިންސީ އަމަލެއް ހިންގާ މީހާ، އެކުރަނީ ކުށެކެވެ.
(ށ) މާނަކުރުން
"ޖިންސީ އަމަލު" ކަމަށް ބުނެފައި އެވަނީ:
- އިސްލާމީ ށަރީއަތުގައި ހުއްދަވެގެންވާ ސަބަބެއްނެތި އެހެން މީހެއްގެ ޖިންސީގުނަވަނުގައި ނުވަތަ ފުރަގަސްފަރާތުގައި ނުވަތަ ކުރިމަތިފަރާތުގައި ނުވަތަ އުރަމަތީގައި އަތްލުމަށް؛
- އިސްލާމީ ށަރީއަތުގައި ހުއްދަވެގެންވާ ސަބަބެއްނެތި އެހެން މީހަކު ލައްވައި ތިމާގެ ޖިންސީގުނަވަނުގައި ނުވަތަ ފުރަގަސްފަރާތުގައި ނުވަތަ އުރަމަތީގައި އަތްލެއްވުމަށް ނުވަތަ އެހެން މީހެއްގެ އެފަދަ ތަނެއްގައި އަތްލެއްވުމަށް؛ ނުވަތަ
- އިސްލާމީ ށަރީއަތުގައި ހުއްދަވެގެންވާ ސަބަބެއްނެތި ކުށުގެ އަނިޔާ ލިބުނު މީހާގެ ހަށިގަނޑުގެ ބަޔަކަށް މަނި ފޯރުކުރުވުމަށް؛
(ނ) ދަރަޖަކުރުން: ފާހިށް ޖިންސީ އަމަލު
- އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއްގައި، އެ ކުށް ކުރާނަމަ، އެ ކުށަކީ، ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ:
- ކުށުގެ އަނިޔާ ލިބުނީ 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށްކަމުގައިވުން؛ ނުވަތަ
- ބާރުގެ ބޭނުންކޮށްގެން ނުވަތަ ބާރުގެ ބޭނުންކޮށްފާނެކަމުގެ ބިރުދައްކައިގެން ޖިންސީ އަމަލު ހިންގުން.
- މއާމަލާތް ހިންގުން ނުވަތަ ހިންގުމަށް މަޖުބޫރު ކުރުވުން.
-
ޖިންސީ އަމަލު
އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއްގައި އެ ކުށް ކުރާނަމަ، އެ ކުށަކީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ:- އަނިޔާ ލިބުނު ފަރާތަކީ، ކުޑަކުއްޖެއް ކަމުގައި ވުމާއި، ދައުވާ ރައްދުވާ މީހާއަކީ، އެ އަނިޔާ ލިބުނު ކުއްޖާގެ އުމުރާ އަޅައި ބަލާއިރު، 4 އަހަރު ނުވަތަ އެއަށް ވުރެ ދޮށީ މީހެއް ކަމުގައިވުން؛ ނުވަތަ
- އެ ހިންގި އަމަލުގެ ބާވަތް ދެނެގަންނަން، އަނިޔާ ލިބުނު މީހާއަށް ނޭގޭނެކަން ދައުވާ ރައްދުވާ މީހާއަށް އެނގިގެންވުން.
- ދައުވާ ރައްދުވާ މީހާއަކީ އަނިޔާ ލިބުނު ފަރާތް ބެލެހެއްޓުމުގެ ޒިންމާ އުފުލަންޖެހިފައިވާ މަގާމެއްގައި ހުރި މީހަކު ކަމުގައިވުން.
-
އެނޫން ހާލަތްތަކުގެ ޖިންސީ އަމަލު
އެނޫން ހާލަތްތަކުގައި އެ ކުށަކީ، ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
ބޭއަދަބީ ގޮތުގައި އައުރަ ހާމަކުރުން

ކުށުގެ އަމަލުގެ ސަބަބުން އެ މުދަލެއް ހަލާކުވެގެން ހިނގައްޖެނަމަ، އެ ކުށުގެ ދަރަޖަ، މި ގާނޫނުގެ 220 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ދަރަޖައަށްވުރެ އެއް ދަރަޖަ ތިރިވާނެއެވެ.
(ރ) މާނަކުރުން
"މުހިންމު އާންމު ތަންތަން" ކަމަށް ބުނެފައި އެވަނީ، އާންމު ފަރުދުންނަށް މުހިންމު ހިދުމަތެއް ފޯރުކޮށްދޭ މުދަލަށާއި ވަސީލަތްތަކަށެވެ. އޭގެ ތެރޭގައި، މުހިންމު ހިދުމަތްތައް ދެމުންގެންދާ ފާލަމާއި އާންމުކޮށް ބޭނުންކުރާ އެއްގަމުގެ މަގުތަކާއި، ކަނޑުގެ މަގުތަކާއި، ބަނދަރުތަކާއި، މުއާސަލާތުގެ ބިނާތަކާއި، އާންމުން ބޭނުންހިފާ ތަންތަނާއި، ޓްރާންސިޓް މަރުކަޒުތަކާއި ދައުލަތުގެ އިމާރާތްތައް ހިމެނޭ ގޮތުންނެވެ.
ފަނާކޮށްފާނެކަމުގެ ބިރުދެއްކުން
222 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ، އެކުރަނީ ކުށެކެވެ:
- ކަނޑައެޅިގެން އެނގިހުރެ، ފަނާކުރަނިވި އަމަލެއް ހިންގަފާނެކަމުގެ ބިރު މީހަކަށް ނުވަތަ ބަޔަކަށް ދެއްކުން: ނުވަތަ
- ކަނޑައެޅިގެން އެނގިހުރެ، ފަނާކުރަނިވި މާއްދާއެއް އަތުގައި ބެހެއްޓުން: ނުވަތަ
- މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ހިންގާފައިވަނީ، ޖިނާޔަތުގެ ކުށެއް ކުރުމަށް ބޭނުންކުރުމުގެ މަގްސަދުގައި ކަމުގައިވުން ނުވަތަ އެހެން މީހަކު އެފަދަ ޖިނާޔަތުގެ ކުށެއް ކުރުމުގައި ބޭނުންކޮށްފާނެކަން އެނގިހުރެގެން ކަމުގައިވުން.
(ށ) މާނަކުރުން
"ފަނާކުރުން" ކަމަށް ބުނެފައި އެވަނީ
- ފަސް މީހެއްގެ ނުވަތަ އެއަށްވުރެ ގިނަ ބަޔެއްގެ ހަށިގަނޑަށް ބޮޑެތި އަނިޔާ ލިބިދިނުން؛ ނުވަތަ
- މީހުން ދިރިއުޅޭ ފަސް އިމާރާތަށް ނުވަތަ އެއަށްވުރެ ގިނަ އިމާރާތަށް ބޮޑެތި ގެއްލުން ދިނުން؛ ނުވަތަ
- މުހިންމު އާންމު ތަނެއްގެ ހިންގުމަށް، އެކަށީގެންވާ ހުރަހެއް ނުވަތަ އުނިކަމެއް ގެނައުން؛ ނުވަތަ
- 500،000 (ފަސްލައްކަ) ރުފިޔާއަށް ވުރެ ބޮޑު އަދަދެއްގެ ގެއްލުން މުދަލަކަށް ފޯރުކުރުން.
(ނ) ދަރަޖަކުރުން: ފަނާކުރުމަށް އެހީވެދިނުން
- މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ކުށަކީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
- ފަނާކުރަނިވި އަމަލެއްގެ ބިރުދެއްކުން
މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައިވާ ކުށަކީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.
މާނަކުރުން
223 ވަނަ މާއްދާ - މާނަކުރުން
(ހ) "ފަނާކުރުން" އަށް ދީފައިވަނީ މި ގާނޫނުގެ 222 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
(ށ) "ފަނާކުރަނިވި މާއްދާ" އަށް ދީފައިވަނީ މި ގާނޫނުގެ 121 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ނ) "މީހުން ދިރިއުޅޭ އިމާރާތް" އަށް ދީފައިވަނީ މި ގާނޫނުގެ 221 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
(ރ) "އަނެކާގެ މުދާ" އަށް ދީފައިވަނީ މި ގާނޫނުގެ 211 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
(ބ) "ހަށިގަނޑަށް ލިބޭ ބޮޑެތި އަނިޔާ" އަށް ދީފައިވަނީ މި ގާނޫނުގެ 17 ވަނަ މާއްދާގެ (91) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ޅ) "ބެހުން" އަށް ދީފައިވަނީ މި ގާނޫނުގެ 220 ވަނަ މާއްދާގެ (ބ) ގައި ދީފައިވާ މާނަކުރުމެވެ.
(ކ) "މުހިންމު އާންމު ތަންތަން" އަށް ދީފައިވަނީ މި ގާނޫނުގެ 221 ވަނަ މާއްދާގެ (ރ) ގައި ދީފައިވާ މާނަކުރުމެވެ.
230 ވަނަ ބާބު
ހުއްދަ ނެތް ތަންތަނަށް ވަނުމުގެ ކުށް
230 ވަނަ މާއްދާ - ހުއްދަނޫން ތަނަކަށް ވަނުން
231 ވަނަ މާއްދާ - މީހުން ދައްކާ ވާހަކަ ސިއްރުން އަޑުއެހުމާއި ފާރަލުން
232 ވަނަ މާއްދާ - ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދުން
233 ވަނަ މާއްދާ - ހުއްދަނޫން ގޮތުގައި މައުލޫމާތު ހާމަކުރުން
234 ވަނަ މާއްދާ - މާނަކުރުން
ހުއްދަނޫން ތަނަކަށް ވަނުން
230 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) ވަނުމުގެ ހުއްދަނެތް ތަނެއްކަން އެނގިހުރެ އެތަނަކަށް ވަނުން ނުވަތަ އެތަނަކަށް ވަދެ ހުރުމަކީ ކުށެކެވެ.
(ށ) އިސްތިސްނާ
- އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލު ކުރާ މީހާ، އެކުރަނީ ކުށެއް ނޫނެވެ:
- މީހަކު އެ ތަނަކަށް ވަތްއިރު، އެތަނަކީ އާންމުންނަށް ވަދެވޭގޮތަށް ހުޅުވާލާފައިވާ ތަނަކަށްވުން؛ އަދ
- އެ ތަނަށް ވަނުމުގައި ތަބާވާންޖެހޭ ހުރިހާ ށަރުތުތަކަކަށް އޭނާ ތަބާވެފައިވުން.
- މީހަކު ތަނަކަށް ވަތްއިރު، ނުވަތަ ތަނަކަށް ވަދެ ހުންނައިރު، އެކަން ކުރުމަށް،
އެ ތަނެއްގެ ވެރިފަރާތުން ނުވަތަ އެ ތަނަށް ވަނުމަށް ހުއްދަ ދޭން ހުރި ފަރާތުން، އޭނާ އެ ތަނަށް ވަނުމަށް ހުއްދަދޭނެކަމުގައި، ނުވަތަ އެތާނގައި ހުރުމަށް ހުއްދަކުރާނެކަމުގައި، އޭނާއަށް އެކަށީގެންވާ ގޮތުގައި ގަބޫލުކުރެވޭނަމަ އޭނާ އެކުރަނީ ކުށެއް ނޫނެވެ.
(ނ) ދަރަޖަކުރުން
- ހުއްދަނޫން ގޮތެއްގައި ވަތް ތަނަކީ، މަތީ ދަރަޖައަކަށް ސަލާމަތީ ފިޔަވަޅު އެޅިފައިވާ ތަނެއްކަން ނުވަތަ ނުރައްކާތެރި ތަނެއްކަން އެނގޭ ކަހަލަ ނިށާނެއް ހަރުކޮށްފައި ނުވަތަ ލިޔުމެއް ލިޔެފައި ހުރި ތަނެއްކަމަށްވާނަމަ އޭނާ އެކުރަނީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.
- ހުއްދަނޫން ގޮތެއްގައި ވަތް ތަނަކީ، ވަކިން ރައްކާތެރިކުރެވިފައިވާ ތަނަކަށްވާނަމަ، ނުވަތަ މީހުން ދިރިއުޅޭ ތަނަކަށްވާނަމަ ނުވަތަ އެއްޗެހި ރައްކާތެރިކުރާ ތަނެއްކަމަށްވާނަމަ، ނުވަތަ ކޮންމެ ކޮންމެ މީހަކަށް ނުވަދެވޭނެގޮތަށް ދާއިރާ ވަކިކޮށްފައިވާ ތަނަކަށްވާނަމަ، އޭނާ އެކުރަނީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
- އެނޫން ހާލަތްތަކުގައި، އެ ކުށަކީ ޖުނަހްގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.
(ރ) މާނަކުރުން
- "ދިރިއުޅޭ ތަން" ކަމަށް ބުނެފައި އެވަނީ، ކުށުގެ އަމަލު ހިނގި ވަގުތު މީހަކު އުޅުނު ކަމުގައިވިޔަސް އަދި ނުވިޔަސް، އުފުލޭ ގޮތަށް ނުވަތަ ނުއުފުލޭ ގޮތަށް ތައްޔާރުކޮށްފައި ހުރި ތަނެއްކަމުގައި ވިޔަސް އަދި ނުވިޔަސް، މީހުން ދިރިއުޅުމަށް ބޭނުންކުރާ އިމާރާތެއް ނުވަތަ އިމާރާތެއްގެ ބަޔަކަށެވެ.
- "މަތީ ދަރަޖައަކަށް ސަލާމަތީ ފިޔަވަޅު އެޅިފައިވާ ތަން" ކަމަށް ބުނެފައި އެވަނީ، އެ ތަނަށް ވަނުމަށްޓަކައި ބޭނުންވާ ކާކުކަން އަންގައިދޭ ކާޑެއް ނުވަތަ އެނޫންވެސް ނިށާނެއް ދައްކައިގެން މެނުވީ ނުވަދެވޭ ގޮތަށް ހުންނަ، އަދި މެދުކެނޑުމެއްނެތި، އެ ތަނެއްގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަމުން ގެންދާ ތަނަކަށެވެ.
- "އެއްޗެހި ރައްކާކުރާ ތަން" ކަމަށް ބުނެފައި އެވަނީ، އިމާރާތެއް ކަމުގައިވިޔަސް، ނުވަތަ ކަނޑުދަތުރުފަތުރުގެ އުޅަނދެއްކަމުގައި ވިޔަސް، ނުވަތަ އެއްގަމުއުޅަނދެއް ކަމުގައިވިޔަސް ނުވަތަ މަތިންދާބޯޓެއް ކަމުގައިވިޔަސް، މީހުންނާއި މުދާ އުފުލުމަށާއި، އެއްޗެހި ރައްކާކުރުމަށް ބޭނުންކުރާ ކޮންމެ އެއްޗަކަށެވެ.
މީހުން ދައްކާ ވާހަކަ ސިއްރުން އަޑުއެހުމާއި ފާރަލުން
231 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) ކުށުގެ އަމަލުން ގެއްލުންވާ މީހާގެ ހުއްދައެއް ނެތި، އޭނާ ދައްކާ ވާހަކަ ސިއްރުން އަޑުއެހުމުގެ ބޭނުމުގައި ނުވަތަ އޭނާއަށް ފާރަލުމުގެ ބޭނުމުގައި އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ، އެކުރަނީ ކުށެކެވެ.
- މީހެއްގެ އަމިއްލަ މިނިވަންކަން އެ މީހާއަށް އޮތް ތަނެއްކަމުގައި އެކަށީގެންވާ ގޮތެއްގައި އޭނާއަށް ބެލެވޭފަދަ ތަނެއްގައި ނުވަތަ މުޅިން އޭނާގެ އަމިއްލަ ތަނެއްގައިހުރެ އޭނާ ދައްކާ ވާހަކަ އަޑުއެހުން ނުވަތަ އޭނާއަށް ފާރަލުން.
- މީހެއްގެ ގޯތީގެ ތެރޭގައި ނުވަތަ މީހެއްގެ މުދަލެއްގެ ގޮތުގައި ބެލެވޭ ތަނެއްގައި، އިވޭއަޑު ނުވަތަ ފެންނަ ފެނުން، ނުވަތަ ހިނގާ ހަރަކާތްތައް، ނުވަތަ ދެކެވޭވާހަކަ އަޑުއެހުމާއި، ރެކޯޑުކުރުމާއި، ލިބޭ ނުވަތަ އިވޭ ނުވަތަ ފެންނަ ވަރަށްވުރެ ސާފުކޮށް ލިބިދާނެ ނުވަތަ އިވޭނެ ނުވަތަ ފެންނާނެގޮތް ހެދުމާއި، އާންމުކޮށް ފޮނުވުން.
(ށ) އެނގިހުރެ ފިޔަވަޅުނާޅާކަމަށް ވާނަމަ ރުހުންދީފައިވާކަމުގައި ބެލުން
ތިމާ ދައްކާ ވާހަކައަކީ އެހެން މީހަކު އަޑުއަހައިފާނެ ނުވަތަ ރެކޯޑުކޮށްފާނެ މައުލޫމާތުކަމުގައި އެނގިހުރެ އެ ވާހަކައެއް ދެއްކުން ކުރިއަށް ގެންދާ ކަމަށްވާނަމަ އޭގެ ފަހުން އަޑުއަހާ އަޑުއެހުމާއި ރެކޯޑުކުރާ ރެކޯޑު ކުރުމާއި އަދި އެ މައުލޫމާތު ހާމަކުރާ ހާމަކުރުމަކީ، އެ އެނގުނު އެގުމުގެ ދާއިރާގެ ތެރޭގައި، ހުއްދަކޮށްފައިވާ ކަމެއްކަމުގައި ބެލެވޭނެއެވެ.
(ނ) އިސްތިސްނާ އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލު ކުރާ މީހާ، އެކުރަނީ ކުށެއް ނޫނެވެ:
- މުދަލާއި މީހުން އެއް ތަނުން އަނެއް ތަނަށް އުފުލުމުގެ ވިޔަފާރީގައި ދުއްވާ އުޅަނދުފަހަރުގެ އޭޖެންޓެއްގެ ހައިސިއްޔަތުން ނުވަތަ މުވައްޒަފެއްގެ ހައިސިއްޔަތުން، ނުވަތަ ކޮންމެ ދުވަހެއްގެ އާންމު މަސައްކަތެއްގެ ހައިސިއްޔަތުން، މީހުން ދައްކާ ވާހަކަ އަޑުއެހުމާއި ރެކޯޑުކުރުމުގެ ކަންތައް ކުރާމީހާ، އެ ކުރާ ކަންތައް.
- ދެކެވޭ ވާހަކައިގެ ބައިވެރިއަކަށް ހުރެ:
- އެދެކެވޭ ވާހަކައިން ކުށެއްގެ ހެކި ލިބޭކަމުގައި އެކަށީގެންވާ ގޮތުގައި ގަބޫލުކޮށްގެން، އެގޮތުން ހެކީގެ ގޮތުގައި އޭނާއަށް ފާހަގަކުރެވޭ ވާހަކަ އަޑުއެހުމާއި ރެކޯޑުކުރުން؛ އަދި
- ނުރަނގަޅު އަމަލެއް ހިނގާކަން ހާމަކުރުމުގެ ތެދުނިޔަތުގައިކުރާ ކަމަކަށް އެކަންވުން.
- މިނިސްޓަރ އޮފް ހޯމް އެފެއާޒް ނުވަތަ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީ ސޮއިކޮށް، ދޫކޮށްފައިވާ ހުއްދައެއްގެ ދަށުން، ގާނޫނު ތަންފީޒުކުރުމުގެ މުވައްޒަފަކު އެކިއެކި ވާހަކަތައް އަޑުއެހުމާއި ރެކޯޑުކުރުން.

- އެކަން ކުރުމުގެ ހުއްދަ އެއް ނެތްކަން އެނގިހުރެ އެކަން ކުރުން. (އިސްލާހު ކުރެވިފައި)

ތިމާއާ އެއްޖިންސުގެ މީހަކާއެކު ޖިންސީ މުއާމަލާތެއް ހިންގާ މީހާ އެކުރަނީ ކުށެކެވެ. (އިސްލާހު ކުރެވިފައި)

މި ގާނޫނުގެ 1002 ވަނަ މާއްދާގައިވާ އަދަބު ކަނޑައެޅުމުގެ މިންގަނޑުތަކުގެ ތާވަލުގައި ބަޔާންކޮށްފައިވާ ހުކުމް ކަނޑައެޅުމުގެ މިންގަނޑުގެ އެންމެ އަސާސީ މިންގަނޑުގައި ހިމެނޭ އަދަބު، މި މާއްދާގައި ބަޔާންކުރާ ކޮންމެ ކުށަކަށް އެއް ދަރަޖަ މައްޗަށް އުފުލިގެންވެއެވެ. އެއީ، ދައުލަތުގެ މުވައްޒަފަކު، އެ ކުށްކޮށްފައިވަނީ ތިމާއަށް ނުވަތަ ތިމާގެމީހަކަށް ނުވަތަ ރަހްމަތްތެރިއަކަށް މަންފާއެއް ހޯދައިދިނުމުގެ މުފާބިލުގައިކަމަށް ވާ ނަމައެވެ. (އިސްލާހު ކުރެވިފައި)

- މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މީހަކު، ރަސްމީ ހައިސިއްޔަތުން ކުރުން ހުއްދަ ކަމެއް ކުރުން ފަސްދުގައި ހުއްޓުވުން، ނުވަތަ އެކަމަށް ހުރަސްއެޅުން ނުވަތަ އެކަމެއް ކުރިއަނުދިނުން؛ އަދި (އިސްލާހު ކުރެވިފައި)

- އެ ތުހުމަތަކީ ދޮގު ތުހުމަތެއްކަން އެނގިހުރެ، މި ގާނޫނުގެ 411 ވަނަ މާއްދާގެ ނުވަތަ 413 ވަނަ މާއްދާގައި ބުނާގޮތަށް މީހަކު ޒިނޭ ކޮށްފިކަމަށް ނުވަތަ ކުރަމުންދާކަމަށް ބުނެ މީހަކާމެދު ތުހުމަތުކޮށް، އެވާހަކަ ދެއްކުން ނުވަތަ ތަކުރާރުކުރުން. (އިސްލާހު ކުރެވިފައި)
(ށ) ދަރަޖަކުރުން
- މި ކުށަކީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
-
އިތުރު އަދަބު ހުއްދަކުރުން
މި ގާނޫނުގެ 90 ވަނަ ބާބުގެ ދަށުން ހުއްދަކޮށްފައިވާ އަދަބުގެ އިތުރަށް 80 އެތިފަހަރުން ޖަލްދުކުރުމުގެ އަދަބު މި ގާނޫނުގެ 411 ވަނަ މާއްދާގެ (ޅ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މި ކުށަށް ހުއްދަކުރެވިގެންވެއެވެ.
ވަކި ގަވާއިދަކުން ހިންގަންޖެހޭ ވިޔަފާރިއެއް ހުއްދަނެތި ހިންގުމާއި، ލައިސަންސްނެތި އިމްޕޯޓުކުރުމާއި، ހުއްދަނަގަންޖެހޭ ކަމެއް، ހުއްދަނުނަގައި ކުރުން
613 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލު ކުރާ މީހާ އެކުރަނީ ކުށެކެވެ.
- ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ހޯދަންޖެހޭ ހުއްދަ ނުވަތަ ލައިސަންސް ހޯދުމަކާ ނުލައި؛ އަދި
- ގާނޫނުގައި ވަކިގޮތަކަށް ކަނޑައަޅާފައިވާ ވިޔަފާރިއެއް ކުރުމާއި، ރާއްޖެއަށް އެއްޗެހި އިމްޕޯޓުކުރުން.
(ށ) ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ހޯދަންޖެހޭ ހުއްދައެއް ހޯދައިގެން މެނުވީ ކުރުން ހުއްދަނޫންކަމެއް، އެފަރާތުގެ ހުއްދަ ހޯދުމަކާ ނުލައި ކުރާ މީހާ އެކުރަނީ ކުށެކެވެ.
(ނ) ދަރަޖަކުރުން: ނުރައްކާތެރި އެއްޗެހި އިމްޕޯޓުކުރުން
- މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށް ކުރުމުގައި، މީހަކު ރާއްޖެއަށް އެތެރެކުރަނީ ބަޑިއެއް، ނުވަތަ ފަނާކުރަނިވި މާއްދާއެއް ކަމުގައިވާނަމަ އޭނާ އެކުރަނީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.
- ބަނގުރަލާއި އޫރުމަހުގެ ވިޔަފާރި
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މީހަކު ވިޔަފާރި ކުރުމުގެތެރޭގައި ނުވަތަ އެއްޗެހި އިމްޕޯޓުކުރުމުގެ ތެރޭގައި ބަނގުރާ ނުވަތަ އޫރުމަސް އުފައްދާނަމަ ނުވަތަ އޭގެ ވިޔަފާރިކުރާނަމަ، ނުވަތަ އެ ބަހާނަމަ، އޭނާ އެކުރަނީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ. -
ހުއްދަނެތި ކުރެވޭ ވިޔަފާރި
އެނޫން ހާލަތްތަކުގައި، ހުއްދަނެތި ކުރާ ވިޔަފާރިއަކީ ޖުނަހްގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ. -
ހުއްދަނަގަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުން
މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކުށަކީ ޖުނަހްގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ.
ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ވަނުން
614 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) ހުއްދަ ހޯދުމަކާނުލައި، ނުވަތަ ލައިސަންސެއް ނެތި، ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ވަންނަ މީހާ އެކުރަނީ ކުށެކެވެ.
(ށ) ދަރަޖަކުރުން
- ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ވަންނަ މީހާ އެ ސަރަހައްދަށް ވަންނަނީ ހުއްދައެއް ނުވަތަ ލައިސަންސެއް ނެތި، މަސް ބޭނުމުގެ މަގްސަދުގައި ކަމަށްވާނަމަ، އޭނާ އެކުރާ ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
- އެނޫން ހާލަތްތަކުގައި އެ ކުށަކީ ޖުނަހްގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ.
(ނ) މާނަކުރުން
"ދިވެހިރާއްޖޭގެ ހާއްސަ އިފްތިސާދީ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދާ އިންވެގެން އޮންނަ އަދި ކަނޑުގެ ސަރަހައްދު ގުނަން ފަށާ ހިސާބުން ފެށިގެން 200 ނޯޓިކަލް މޭލާ ހަމައަށް އެ ފުޅާމިނުގައި އޮންނަ ކަނޑުގެ ސަރަހައްދަށެވެ. އަދި އެ ސަރަހައްދުގެ ތެރޭގައިވާ ކަނޑުއަޑީގެ ބިމާއި، ދިރުންހުރި އެއްޗެއްސާއި ދިރުންނެތް އެއްޗެއްސާއި އިފްތިސާދީ ވަސީލަތްތަކާއި ކަނޑާ ގުޅުންހުރި އެކިއެކި ސައިންޓިފިކް ތަހުލީލުތައް ކުރުމާއ ޕޮލިއުށަން ހިފެހެއްޓުމާއި މިކަންކަން ކުރުމުގެ ބާރު ދިވެހިރާއްޖެއަށް ލިބިގެންވާ ސަރަހައްދަށެވެ. (އިސްލާހު ކުރެވިފައި)
އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލުކުރުން
615 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އާންމު ތަނެއްގައި ހުރި އެއްވެސް މީހަކު، އެ މީހެއްގެ އަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން، ނުވަތަ އުނދަގޫވާނެކަން، ނުވަތަ ބިރު ހީވާނެކަން އެނގިހުރެ އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް ކުރާނަމަ އެކުރަނީ ކުށެކެވެ.
- މާރާމާރީއާއި، ތަޅާފޮޅުމާއި، ހަރުކަށިކޮށް ނުވަތަ ބިރު އުފެދޭ ގޮތަށް އުޅުން؛ ނުވަތަ
- އެކަށީގެން ނުވާ ވަރަށް އަޑުގަދަކުރުން؛ ނުވަތަ
- ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމާއި ހަޑިހުތުރު އަމަލުތައްކުރުން؛ ނުވަތަ
- އާންމު ތަނެއްގައި ނުވަތަ ތަންތަނުގައި، ކަނޑައެޅިގެން ވަކި މީހެއްގެ ފަހަތުން ދިއުން؛ ނުވަތަ
- ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުން؛ ނުވަތަ
- ޖާއިޒު މަގްސަދެއް ހާސިލު ނުވާނެ އަމަލަކުން ނުރައްކާތެރި، ނުވަތަ މާއްދީގޮތުން ހުތުރު، ނުވަތަ މީހުން ބިރުގަންނަފަދަ ހާލަތެއް އުފެއްދުން.
(ށ) ދަރަޖަކުރުން
މި ކުށަކީ ޖުނަހްގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.
ރަމަޒާންމަހު ރޯދަނުހިފުމާއި ބަނގުރާ ބުއިމާއި އޫރުމަސް ކެއުން
616 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) ދިވެހިރައްޔިތަކު އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް، އަންނަނިވި ގޮތުގެމަތިން ކޮށްފިނަމަ، އެކަންކުރާ މީހާ އެކުރަނީ ކުށެކެވެ.
- ގަބޫލުކުރެވޭ ފަދަ، ދީނީ ނުވަތަ ސިއްހީ ނުވަތަ ސިއްހަތާ ގުޅުން ހުރި ސަބަބެއްނެތި ރަމަޒާންމަހު، ރޯދަނުހިފުމާއި، ރޯދައަށްހުރެ ރޯދަ ދޫކޮށްލުން؛ ނުވަތަ
- އޫރުމަސް ނުވަތަ އޫރުމަސް ބޭނުންކޮށްގެން އުފައްދާފައިވާ ތަކެތި ކެއުން؛ ނުވަތަ
- ބަނގުރާ ބުއިން.
(ށ) ދަރަޖަކުރުން
- މިކުށަކީ ޖުނަހްގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.
- މި ގާނޫނުގެ 90 ވަނަ ބާބުގެ ދަށުން ހުއްދަކޮށްފައިވާ އަދަބުގެ އިތުރަށް 40 އެތިފަހަރުން ޖަލްދުކުރުމުގެ އަދަބު މި ގާނޫނުގެ 411 ވަނަ މާއްދާގެ (ޅ) ގެ (3) ވަނަ ނަންބަރުގައި ހުއްދަކޮށްފައިވާ ގޮތުގެމަތިން، މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ (ii) ގައިވާ ކުށަށް، ހުއްދަކުރެވިގެންވެއެވެ.
އިސްލާމްދީނާ އިދިކޮޅު އަމަލުތައް
617 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އެއްވެސް މީހަކު އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް ކުރާނަމަ އެ މީހާ އެކުރަނީ ކުށެކެވެ:
- މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އާންމުންގެ ކުރިމަތީގައި، އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔައި، ދީނީ ތަގްރީރުކުރުން؛ ނުވަތަ
- އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔައި، އެކިއެކި ލިޔުންތައް ތައްޔާރުކުރުމާއި، ބެހުމާއި، ވިއްކުމާއި، އުފެއްދުން؛ ނުވަތަ
- (އުނި ކުރެވިފައި)
- އަޅުކަންކުރަން ގެންގުޅޭ ބުދު ދިވެހިރާއްޖޭގައި އުފެއްދުން ނުވަތަ އަތުގައި ބެހެއްޓުން ނުވަތަ ގެންގުޅުން، ނުވަތަ ދިނުން ނުވަތަ ވިއްކުން ނުވަތަ ފެތުރުން ނުވަތަ ދިވެހިރާއްޖެއަށް ގެނައުން؛ ނުވަތަ
- ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމާއި، މީހުންގެ މެދުގައި ދީނީގޮތުން ބައިބައިވުން އުފެދޭ ބާވަތުގެ ވާހަކަ ދެއްކުމާއި، އެފަދަ ގޮތްގޮތަށް އަމަލުކުރުން.
(ށ) ދަރަޖަކުރުން
މި ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
އެހީތެރިވެދިނުމުގެ ވާޖިބު
618 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ.
-
- ކުރިމަތިވެދާނެކަން އެނގޭ ނުރައްކަލެއްގެ އިންޒާރު، އެކަށީގެންވާ ސަބަބެއްނެތި ނުރައްކަލެއްގައިވާ މީހާއަށް ނުދިނުން؛ ނުވަތަ
- އެހީއަށް ބޭނުންވެފައިވާ މީހާއަށް، އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށްނުދިނުން؛ ނުވަތަ
- އޭނާއަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ހާލަތެއްގައި ހުރުމާއި އަދި އިންޒާރު ދެވިދާނެ ހާލަތެއްގައި ހުރުން؛ އަދި
- އޭނާއަށް ނުވަތަ އެހެން މީހަކަށް ވިޔަސް އެއްވެސް ބާވަތެއްގެ މާއްދީ ނުރައްކަލެއް ނުވާނެފަދައަކުން އެހީތެރިކަން ފޯރުވައިދެވިދާނެ ނުވަތަ އިންޒާރުދެވިދާނެފަދަ ހާލަތެއްގައި ހުރުން؛ އަދި
- ގާނޫނުން ނުވަތަ އެއްބަސްވުމެއްގެ ދަށުން އޭނާގެ މައްޗަށް ލާޒިމުކޮށްފައިވާ އެއަށްވުރެ މަތީ ވާޖިބެއް ދޫކޮށްލަންނުޖެހި އިންޒާރުދެވެން އޮތުން ނުވަތަ އެހީތެރިވެދެވެން އޮތުން.
(ށ) ނުރައްކަލުގައިވާ މީހާ ނުވަތަ އެހީއަށް ބޭނުންވެފައިވާ މީހާ
- މި ގާނޫނުގެ ބޭނުމަށްޓަކައި "ނުރައްކަލުގައިވާ މީހާ" ކަމަށް ބުނެފައި އެވަނީ:
- އެމީހާގެ ހަށިގަނޑަށް ލިބޭ އަނިޔާއެއްގެ ސަބަބުން ނުވަތަ ޖެހޭ ބައްޔެއްގެ ސަބަބުން ނުވަތަ ގުދުރަތީ ހާދިސާއެއްގެ ސަބަބުން ނުރައްކަލާ ކުރިމަތިލާން ޖެހިފައިވާ
- އަނިޔާވެރި ކުށަކާ ކުރިމަތިލާންޖެހިފައިވާ މީހާއަށް؛
- "އެހީއަށް ބޭނުންވެފައިވާ މީހާ" ކަމަށްބުނެފައި އެވަނީ:
- ލިބޭ އަނިޔާއަކުން ނުވަތަ ޖެހޭ ބައްޔަކުން ނުވަތަ ގުދުރަތީ ހާދިސާއެއްގެ ސަބަބުން ހަށިގަނޑަށް ގެއްލުން ލިބިފައިވާ މީހާއަށް؛ ނުވަތަ
- އަނިޔާވެރި ކުށެއްގެ ށިކާރައަކަށް ވެފައިވާ މީހާއަށެވެ.
(ނ) މަދަނީ ބަދަލު ދިނުމުން އިމްތިޔާޒު ލިބިގެންވުން
މި މާއްދާގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭ މީހާ ނުވަތަ އިންޒާރުދޭ މީހާކުރާ އަމަލެއްގެ ސަބަބުން ލިބޭ ގެއްލުމަށް ބަދަލު ދިނުމުން އޭނާއަށް އިމްތިޔާޒު ލިބިގެންވާނެއެވެ. އެއީ އޭނާ އެކުރާ އަމަލުކުރީ ހެޔޮނިޔަތުގައިކަމަށްވުމާއި، އެކަންކުރުމަށް އޮތް އެކަށޭނަ މިންގަނޑުތަކުގެ ތެރޭގައި ކަމަށްވުމާއި، އަދި އެހީތެރިކަން ފޯރުކޮށްދިނުމާއި އަޅާލުމުގެ ވާޖިބު އަދާކުރުމަށް އޮންނަ މިންގަނޑުތަކުގެ ތެރޭގައިކަމަށްވާނަމައެވެ.
(ރ) އެހެންގޮތަކަށް ސާބިތުނުވާހާހިނދަކު ވަކި ގޮތަކަށް ގަބޫލުކުރުން
އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު އަންނަނިވި އަމަލުތައް މީހެއްގެ ފަރާތުން ފެނިފައިވާނަމަ އެހީތެރިކަމަށް ބޭނުންވެފައިވާ މީހަކަށް އެހީތެރިކަން ފޯރުކޮށްނުދިންކަމަށް، ފަނޑިޔާރު ގަބޫލުކުރަންވާނެއެވެ.
- މަސައްކަތްކުރާ ޓެލެފޯނެއް ނުވަތަ ރޭޑިޔޯއެއް އޭނާގެ ކޮންޓްރޯލުގައި އޮވެ، ނުވަތަ އެއިން އެއްޗެއް އޭނާއަށް ލިބޭ ހިސާބުގައިވާކަން އެނގިހުރެ؛
- އެހީތެރިކަމަށް ބޭނުންވެފައިވާ މީހާއަށް އެހީތެރިވުމަށްޓަކައި ސިއްހީ މަސައްކަތްތެރިންނަށް ނުވަތަ ގާނޫނު ތަންފީޒުކުރާ އިދާރާގެ މީހުންނަށް އަންގާފައިވާކަމަށް ގަބޫލުކުރާނެ ސަބަބެއް ނެތި؛
- އެ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ގޮތުން ސިއްހީ މަސައްކަތްތެރިންނަށް ނުވަތަ ގާނޫނު ތަންފީޒުކުރާ އިދާރާއަށް އެކަން އަންގާފައިނުވުން.
(ބ) ދަރަޖަކުރުން
މި ކުށަކީ ޖުނަހްގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.
މާނަކުރުން
619 ވަނަ މާއްދާ - މާނަކުރުން
(ހ) "ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު" އަށް ދީފައިވަނީ މި ގާނޫނުގެ 614 ވަނަ މާއްދާގެ (ނ) ގައި ދީފައިވާ މާނަކުރުމެވެ.
(ށ) "ކުލީސިފައިން" އަށް ދީފައިވަނީ މި ގާނޫނުގެ 611 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
(ނ) "ޖިންސީ އަމަލު" އަށް ދީފައިވަނީ މި ގާނޫނުގެ 131 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
620 ވަނަ ބާބު
އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލު ހިންގުމުގެ ކުށް
620 ވަނަ މާއްދާ - ހަށިވިއްކުން
621 ވަނަ މާއްދާ - ހަށިވިއްކުމަށް އެހީތެރިވެދިނުމާއި ހިތްވަރު ދިނުން
622 ވަނަ މާއްދާ - ހަޑިހުތުރު ލިޔުމާއި، ތަކެތި އުފެއްދުމާއި، ބެހުން
623 ވަނަ މާއްދާ - މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުން
624 ވަނަ މާއްދާ - އިންސާނާގެ ހަށިގަނޑުގެ ބައިތައް ވިއްކުން
625 ވަނަ މާއްދާ - ޖަނަވާރަށް އަނިޔާވެރި އަމަލުކުރުން
626 ވަނަ މާއްދާ - މާނަކުރުން
ހަށިވިއްކުން
620 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) ފައިސާ ނުވަތަ އަގުހުރި އެއްޗެއްގެ މުގާބިލުގައި، ތިމާގެ އަނބިމީހާ ނުވަތަ ފިރިމީހާ ނޫން މީހަކާއެކު ޒިނޭކޮށްފިނަމަ ނުވަތަ ޖިންސީ މުއާމަލާތެއް ހިންގައިފިކަމަށް ވާނަމަ، އެ އަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ.
(ށ) ދަރަޖަކުރުން
މި ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
ހަށިވިއްކުމަށް އެހީތެރިވެދިނުމާއި ހިތްވަރު ދިނުން
621 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) ފައިސާ ނުވަތަ އަގު ހުރި އެއްޗެއްގެ މުގާބިލުގައި، އަންނަނިވި އަމަލު ކުރާ މީހާ އެކުރަނީ ކުށެކެވެ.
- ހަށިވިއްކުމުގެ އަމަލެއް ނުވަތަ އަމަލުތަކެއް ކުރުމަށް މީހަކަށް މަޖުބޫރުކުރުން؛ ނުވަތަ
- ހަށިވިއްކުމުގެ އަމަލެއް ނުވަތަ އަމަލުތަކެއް ހިންގުމަށް ހިތްވަރު ދިނުމާއި އެކަން ހަމަޖައްސައިދިނުމާއި އެނޫންގޮތަކަށްވެސް އެކަމަށް މަގުފަހިކޮށްދިނުން؛ ނުވަތަ
- އޭނާގެ ބާރުގެ ދަށުގައިވާ ތަނެއް، ހަށިވިއްކުމުގެ އަމަލެއް ނުވަތަ އަމަލުތަކެއް ހިންގުމަށް ބޭނުންކުރުމުގެ ހުއްދަ ދިނުން.
(ށ) ދަރަޖަކުރުން
- ހަށިވިއްކުމުގެ އަމަލު ހިންގުމަށް ކުޑަކުއްޖަކަށް ހިތްވަރުދޭނަމަ ނުވަތަ އެހީތެރިވާނަމަ އެކުރަނީ ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ
- އެނޫން ހާލަތްތަކުގައި އެއީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
ހަޑިހުތުރު ލިޔުމާއި، ތަކެތި އުފެއްދުމާއި، ބެހުން
622 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އެއްޗެއްގެ ހަޑިހުތުރުކަން އެނގިހުރެ، ނުވަތަ އޭގައިވާ އެއްޗަކީ ހަޑިހުތުރު އެއްޗެއްކަން އެނގިހުރެ، އަންނަނިވި އަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ.
- ހަޑިހުތުރު އެއްޗެހި ހިމެނޭ ފޮޓޯއާއި، ލިޔުމާއި، މަންޒަރާއި، ރެކޯޑާއި އަދި އެނޫންވެސް ހަޑިހުތުރު ސިފަ ހާމަކޮށްދޭ ނުވަތަ ދައްކުވައިދޭ އެއްޗެހި ވިއްކުމާއި ރައްދުކުރުމާއި ދިނުން؛ ނުވަތަ
- ހަޑިހުތުރު މަންޒަރުތައް ހިމެނޭ ތަމްސީލެއް، ސްޓޭޖްށޯއެއް ނުވަތަ ނެށުމެއް ހުށަހަޅައިދިނުމާއި، އެފަދަކަމެއް އޭނާގެ އިރުށާދުގެ މަތިން ކުރުން؛
- އެއްވެސް ހަޑިހުތުރު އެއްޗެއް ހިމެނޭ ވަސީލަތެއް ށާއިއުކުރުމާއި އާންމުކޮށް ހުޅުވާލައިގެން ދެއްކުމާއި އެނޫންވެސް ގޮތަކުން މީހުންނާ ހަމައަށް އެފަދަ އެއްޗެއް ފޯރުކޮށްދިނުން؛ ނުވަތަ
- އަގެއްގެ މުގާބިލުގައި، އެއްވެސް ބާވަތެއްގެ ހަޑިހުތުރު އަމަލެއް، އަމިއްލައަށް ކުރުން، ނުވަތަ ހަޑިހުތުރު އަމަލަކަށް ބެލެވޭ ފަދަ ގޮތަކަށް އަމިއްލަ ހަށިގަނޑު ދެއްކުން؛ ނުވަތަ
- ހަޑިހުތުރު އެއްޗެހި ހުރިކަމަށް ދައްކައިގެން އެއްޗެއް އިށްތިހާރުކުރުމާއި އެ ވިއްކުމަށް ހިތްވަރު ދިނުން؛ ނުވަތަ
- މި މާއްދާއާ ހިލާފަށް ބެހުމުގެ ނިޔަތުގައި، ހަޑިހުތުރު އެއްޗެހި ހިމެނިގެންވާ ލިޔުމާއި އެހެނިހެން އެފަދަ އެއްޗެހި އުފެއްދުމާއި ގަތުމާއި ހޯދުމާއި އަތުގައި ބެހެއްޓުން؛ ނުވަތަ
- ދިވެހިރާއްޖޭގައި އޮރިޔާންކާޑު އުފެއްދުން ނުވަތަ އަތުގައި ބެހެއްޓުން ނުވަތަ ގެންގުޅުން ނުވަތަ ދިނުން ނުވަތަ ވިއްކުން ނުވަތަ ފެތުރުން ނުވަތަ ދިވެހިރާއްޖެއަށް ގެނައުން. (އިތުރު ކުރެވިފައި)
(ށ) އިސްތިސްނާ
ހަޑިހުތުރު އެއްޗެހި ހިމެނޭ ލިޔުމެއް ނުވަތަ އެހެންވެސް އެއްޗެއް މީހަކު ބެހީ ސައިންޓިފިކް ގޮތުން ނުވަތަ އެހެންވެސް ހުއްދަ ސަބަބެއް އޮވެގެން އެފަދަ އެއްޗެހި ބެހެއްޓިދާނެ ފަދަ މަރުކަޒަކަށް ނުވަތަ ބަޔަކަށްކަމުގައިވާނަމަ، އޭނާ އެކުރަނީ މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން (6) ވަނަ ނަންބަރަށް ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން ކުށެއް ނޫނެވެ.
(ނ) އެހެން ގޮތަކަށް ސާބިތުނުވާހައި ހިނދަކު ގަބޫލުކުރާނެ ގޮތް
އެއިން އިތުރު އެއްޗެހި އުފެއްދިދާނެ ގޮތަށް ނުވަތަ އޭގެ އިތުރު ކޮޕީ ހެދިދާނެ ގޮތަށް ހަޑިހުތުރު އެއްޗެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މޯލްޑެއް، ޕްލޭޓެއް ނުވަތަ އެ ބާވަތުގެ އެއްޗެހި މީހަކު އުފައްދައިފިކަމަށް ވާނަމަ ނުވަތަ ގަނެފިކަމަށް ވާނަމަ ނުވަތަ ހޯދައިފިކަމަށް ވާނަމަ ނުވަތަ އަތުގައި ބަހައްޓައިފިކަމަށްވާނަމަ، އެކަމެއް އެކުރީ އެފަދަ އެއްޗެހި އާންމުކޮށް ބެހެއްޓުމުގެ ބޭނުމުގައިކަމަށް، އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު، ފަނޑިޔާރު ގަބޫލުކުރަންވާނެއެވެ.
(ރ) މާނަކުރުން
އެއްޗެއް ނުވަތަ ތަމްސީލެއް ނުވަތަ ހުށަހަޅައިދޭ ހަރަކާތްތަކެއް "ހަޑިހުތުރު" ކަމަށް ބެލެވެނީ ދިވެހި މުޖްތަމައުގެ އާންމު މީހަކު، ދިވެހި މުޖްތަމައުގެ މިހާރުގެ މީހުން ގަބޫލުކުރާ އާންމު ހަމަތަކުގެ އަލީގައި އެ އެއްޗެއް ބެލުމަށްފަހު އަންނަނިވި ގޮތްތަކުން ކުރެ ގޮތަކަށް،
އެ އެއްޗަކާ މެދު ނުވަތަ އެ ކަމަކާ މެދު ދެކޭނެ ނަމައެވެ:
- މުޅި އެއްޗަށް ނިސްބަތްކުރާއިރު، އެ އެއްޗަކީ ނުވަތަ އެ ހުށަހެޅުމަކީ ނުވަތަ އެ ތަމްސީލަކީ ށަހުވާނީ މަސްލަހަތެއް އެކުލެވިގެންވާ އެއްޗެއްކަމުގައި ގަބޫލުކުރުން؛ ނުވަތަ
- ކަނޑައެޅިގެން ހުތުރުވާ ގޮތަށް، ށަހުވާނީ އަމަލުތައް ރަމްޒުކޮށްދޭ ނުވަތަ ތަމްސީލުކޮށްދޭ އެއްޗަކަށްވުން.
(ބ) ދަރަޖަކުރުން
- މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން (6) ވަނަ ނަންބަރަށް ބަޔާންކޮށްފައި ހުރި ކުށްކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެވެ.
- އެނޫން ހާލަތްތަކުގައި އެ ކުށަކީ ޖުނަހްގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.
-
ކުޑަކުދިންގެ ހަޑިހުތުރު އަމަލެއް ދެއްކުން
މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށްކުރުމުގައި ހިމެނިގެންވާ ހަޑިހުތުރު އެއްޗަކީ ނުވަތަ ހުށަހެޅުމަކީ އަންނަނިވި ފަރާތްތަކުގެ ތެރެއިން ފަރާތަކަށް ނިސްބަތްވާ އެއްޗެއް ނުވަތަ ހުށަހެޅުމަކަށްވާނަމަ، އެކުށުގެ ދަރަޖަ ކަނޑައެޅިފައިވާ ނިސްބަތަށްވުރެ 1 ދަރަޖަ އިތުރުވާނެއެވެ.- ކުޑަކުއްޖަކަށްވުން؛ ނުވަތަ
- އޭނާއަށް އެ ކުރެވޭ ކަމެއް ވިސްނައިގަތުމުގެ ތަސައްރުފެއް ނެތް މީހަކަށްވުން.
މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުން
623 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) ގާނޫނު ހުއްދަކުރާ ގޮތެއްގެމަތިން ހިންގާ އަމަލު ފިޔަވައި، މައްޔިތާއާމެދު މީހަކު ހިންގާ އަމަލަކުން އެ މައްޔިތާ ނިސްބަތްވާ އާއިލާގެ މީހުންގެ ތެރޭގައި ނަފްރަތު އުފެދޭނެކަމަށްވާނަމަ، އެ މީހާ އެކުރަނީ ކުށެކެވެ.
(ށ) ދަރަޖަކުރުން
މި ކުށަކީ ޖުނަހްގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ.
އިންސާނާގެ ހަށިގަނޑުގެ ބައިތައް ވިއްކުން
624 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އިންސާނާގެ ހަށިގަނޑުގެ ބައެއް ކަމުގައި ބެލެވޭ އެއްޗެއް އެނގިހުރެ ވިއްކުމަކީ ނުވަތަ ގަތުމަކީ އެ މީހާކުރާ ކުށެކެވެ.
(ށ) އަންނަނިވި ހާލަތްތަކުގައި މީހަކު، އިންސާނާގެ ހަށިގަނޑުގެ ބަޔަކަށް އަގު ދިނުމަކީ ނުވަތަ ލިބިގަތުމަކީ، އެ މީހާކުރާ ކުށެއް ނޫނެވެ.
- ސައިންޓިފިކް ބޭނުމަކަށްޓަކައި ނުވަތަ ސިއްހީ ބޭނުމަކަށްޓަކައި، ހަށިގަނޑުގެ ބައެއް ނުވަތަ ހަށިގަނޑުން ދިޔަވަރެއް ނަގާތީ، ހިނގާ ހަރަދު އަނބުރާ ލިބިދިނުމުގެ ގޮތުން ދެވޭ މުދާ ނުވަތަ ފައިސާ؛ ނުވަތަ
- ސިއްހީ ފަރުވާއާގުޅޭ މަށްރޫއެއްގެ ދަށުން ނުވަތަ އިންށުއަރެންސްގެ މަށްރޫއެއްގެ ދަށުން މީހަކަށްދެވޭ މުދާ ނުވަތަ ފައިސާ؛ ނުވަތަ
- ސައިންޓިފިކް ބޭނުމަކަށްޓަކައި އިންސާނާގެ ހަށިގަނޑުގެ ބައެއް ނުވަތަ ދިޔައެއް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށާއި، ހުރި ތަނަކުން ނެގުމަށާއި ވަކި ތަނެއްގައި ރައްކާކުރުމަށް ހިނގާ އެކަށީގެންވާ ހަރަދުތައް އަނބުރާ ދިނުމުގެ ގޮތުން ދެވޭ މުދާ ނުވަތަ ފައިސާ؛ ނުވަތަ
- ސިއްހީ ނުވަތަ ސައިންޓިފިކް ތަހްލީލުގައި ނުވަތަ ސިއްހީ ފަރުވާދިނުމުގައި ނުވަތަ ބައްޔެއް ދެނެގަތުމަށްޓަކައި ބޭނުންކުރުމަށް އިންސާނާގެ ހަށިގަނޑުގެ ބަޔަކުން އުފައްދައިފައިވާ ބޭސް ނުވަތަ ރީއޭޖެންޓް ނުވަތަ އެހެންވެސް މާއްދާތައް ވިއްކުމާއި ގަތުން.
(ނ) ދަރަޖަކުރުން
މި ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
ޖަނަވާރަށް އަނިޔާވެރި އަމަލުކުރުން
625 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) މީހެއްގެ އިހްމާލުން އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް ކޮށްފިކަމަށްވާނަމަ އެމީހާ އެކުރަނީ ކުށެކެވެ:
- އަނިޔާވެރިކަމާ އެކު ޖަނަވާރަކާ މެދު އަމަލުކުރުން؛ ނުވަތަ
- އޭނާގެ ބެލެހެއްޓުމުގެ ދަށުގައިވާ ޖަނަވާރަކަށް އަޅާނުލައި ދޫކޮށްލުން.
(ށ) އިސްތިސްނާ
ސައިންޓިފިކް ތަހްލީލުކުރުމުގައި އަމަލުކުރެވޭ ހަމަތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ނުވަތަ ޖަނަވާރަށް ބޭސްފަރުވާކުރުމުގައި އަމަލުކުރެވޭ ހަމަތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން މީހަކުކުރާ އަމަލަކީ ކުށެއް ނޫނެވެ.
(ނ) ދަރަޖަކުރުން
މި ކުށަކީ ޖުނަހްގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.
މާނަކުރުން
626 ވަނަ މާއްދާ - މާނަކުރުން
(ހ) "ހަޑިހުތުރު" އަށް ދީފައިވަނީ މި ގާނޫނުގެ 622 ވަނަ މާއްދާގެ (ރ) ގައި ދީފައިވާ މާނަކުރުމެވެ.
(ށ) "ޖިންސީ އަމަލު" އަށް ދީފައިވަނީ މި ގާނޫނުގެ 131 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.
(ނ) "ޒިނޭކުރުން" އަށް ދީފައިވަނީ މި ގާނޫނުގެ 411 ވަނަ މާއްދާގެ (ޅ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
710 ވަނަ ބާބު
ހަތިޔާރާ ގުޅޭ ކުށް
710 ވަނަ މާއްދާ - ކުށެއް ކުރުމުގައި ނުރައްކާތެރި ހަތިޔާރެއް ބޭނުންކުރުން
711 ވަނަ މާއްދާ - ބަޑި ނުވަތަ ފަނާކުރަނިވި މާއްދާ ހިމެނޭ އެއްޗެއް ވިއްކުމާއި އުފެއްދުމާއި އެއް ތަނުން އަނެއް ތަނަށް ގެންދިއުމާއި ގެންގުޅުން
712 ވަނަ މާއްދާ - މާނަކުރުން
ކުށެއް ކުރުމުގައި ނުރައްކާތެރި ހަތިޔާރެއް ބޭނުންކުރުން
710 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) ކުށެއް ކުރުމުގައި ނުރައްކާތެރި ހަތިޔާރެއް ބޭނުންކުރުން ނުވަތަ އެފަދަ ހަތިޔާރެއް އޮތްކަން ދެއްކުމަކީ އޭނާކުރާ ކުށެކެވެ.
(ށ) ދަރަޖަކުރުން
- ކުށްކުރުމުގައި މީހަކު ބަޑިޖަހައިފި ކަމަށްވާނަމަ، އޭނާ އެކުރަނީ ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.
- އެނޫން ހާލަތްތަކުގައި އެއީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
(ނ) އޮޓޮމެޓިކް ނުވަތަ ސެމީއޮޓޮމެޓިކް ބަޑި ބޭނުންކޮށްފިނަމަ ކުށުގެ ބުރަދަން އިތުރުވުން
މީހަކު ކުށެއް ކުރުމުގައި، އޮޓޮމެޓިކް ނުވަތަ ސެމީއޮޓޮމެޓިކް ހަތިޔާރެއް ބޭނުންކޮށްފިނަމަ، އޭނާ އެކުރި ކުށަކީ އެހެން ހާލަތްތަކާ އަޅައި ބަލާއިރު، އެއް ދަރަޖަ އިތުރުވެގެންވާ ކުށެކެވެ.
(ރ) މާނަކުރުން
- "އޮޓޮމެޓިކް ބަޑި" ކަމަށް ބުނެފައި އެވަނީ، ޓްރިގަރަށް ފިތައިލުމުން ޓްރިގަރ އޮބިފައި ހުންނަހާހިނދަކު، އެ ބަޑިން މެދުކެނޑުމެއްނެތި ވަޒަން ޖެހޭ ފަދަ އޮޓޮމެޓިކް ލޯޑިންގ އެކްށަން ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ބަޑިއެވެ.
- "އޮޓޮމެޓިކް ލޯޑިންގ" ކަމަށް ބުނެފައި އެވަނީ، އިންސާނެއްގެ އެހީތެރިކަމެއްނެތި ބަޑީގެ ހޮޅީގެ ތެރެއަށް ވަޒަންލައިދޭ ގޮތަށް ތައްޔާރުކޮށްފައިވާ ވަސީލަތަށެވެ.
- "ނުރައްކާތެރި ހަތިޔާރު":
- އަށް ދީފައިވަނީ މި ގާނޫނުގެ 120 ވަނަ މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ؛ އަދި
- ނުރައްކާތެރި ހަތިޔާރުގެ މާނައިގައި، ބަޑިއާއި ވަޒަން ފޮނުވާގޮތަށް ހަދާފައި ހުންނަ އެހެން ބާވަތްތަކުގެ ވަސީލަތްތަކާއި ނިއުމެޓިކް ގަން، ސްޕްރިންގ ގަން، ޕެއިންޓްބޯލް ގަން، ބީބީ ގަން، ސްޓަން ގަން ނުވަތަ ޓޭޒަރއާއި ތޫނު ހަތިޔާރާއި، ކޯރާޑިއާއި، ވަޅިއާއި، ރޭޒަރުތިލައާއި، މިފަދަ އެއްޗެހި ހިމެނެއެވެ.\
- "ބަޑި" ކަމަށް ބުނެފައި އެވަނީ، ވަޒަންނުކުންނަ ގޮތަށް، ނުވަތަ އެންމެ މަދުވެގެން 60 ފޫޓަށް ވަޒަން ދަތުރުކުރާ ވަރުގެ ބާރު މިން ލިބޭ ގޮތަށް ތައްޔާރުކޮށްފައިވާ ބަޑިއަށެވެ.
- "ސެމީއޮޓޮމެޓިކް ބަޑި" ކަމަށް ބުނެފައި އެވަނީ، ޓްރިގަރަށް ފިތައިލާ ކޮންމެ ފަހަރަކު ވަކި ވަރަކަށް ވަޒަން ޖެހޭފަދަ އޮޓޮމެޓިކް ލޯޑިންގ އެކްށަން ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ބަޑިއަށެވެ.
(ބ) އަދަބު ކަނޑައެޅުމުގައި ބަލަންޖެހޭ ނުކުތާ
އިރު އޮއްސުމާއިއިރު އެރުމާ ދެމެދު ހިނގާ ވަގުތުގައި ކުށުގެ އެ އަމަލު ހިންގައިފިނަމަ މި ގާނޫނުގެ 1002 ވަނަ މާއްދާގައި އަދަބު ކަނޑައެޅުމުގެ މިންގަނޑު އަންގައިދޭ ތާވަލުގައި ބަޔާންކޮށްފައިވާ އަސާސީ އަދަބުގެ މިންގަނޑުން އެއް ދަރަޖަ އެ ކުށުގެ އަދަބަށް އިތުރުކުރެވިގެންވެއެވެ.
ބަޑި ނުވަތަ ފަނާކުރަނިވި މާއްދާ ހިމެނޭ އެއްޗެއް ވިއްކުމާއި އުފެއްދުމާއި
އެއް ތަނުން އަނެއް ތަނަށް ގެންދިއުމާއި ގެންގުޅުން
711 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) ލައިސަންސެއްނެތި ނުވަތަ ސަރުކާރުގެ ސީދާ ހުއްދައެއްނެތި، އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް އެނގިހުރެ ކުރާ މީހާ އެކުރަނީ ކުށެކެވެ:
- ފަނާކުރަނިވި މާއްދާއެއް ހިމެނޭ އެއްޗެއް އުފެއްދުމާއި، ގެންގުޅުމާއި، ވިއްކުމާއި، އެހެން މީހަކަށް ދިނުމާއި އެހެން ތަނަކަށް ގެންދިއުމާއި އެއިން ވިޔަފާރިކުރުން؛ ނުވަތަ
- ބަޑި އުފެއްދުމާއި އެއިން ވިޔަފާރިކުރުން؛ ނުވަތަ
- އެހެން މީހަކަށް ބަޑިއެއް ދިނުން ނުވަތަ އެހެން މީހަކަށް ބަޑިއެއް ވިއްކުން؛ ނުވަތަ
- ބަޑިއެއް ގެންގުޅުން.
(ށ) އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު ގަބޫލުކުރާނެ ގޮތް
އެހެން ގޮތަކަށް ސާބިތުކޮށްނުދެވޭހާ ހިނދަކު:
- މީހެއްގެ އަތުގައި 5 ބަޑިއަށް ވުރެ އިތުރަށް ބަޑި ހުރެއްޖެނަމަ، މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ދާއިރާގެ ތެރެއަށް ފެތޭކަމުގައި ފަނޑިޔާރު ގަބޫލުކުރަންވާނެއެވެ.
- 3 ބަޑިއަށް ވުރެ އިތުރަށް ހުރެއްޖެ ކަމުގައިވާނަމަ މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ދާއިރާގެ ތެރެއަށް ފެތޭކަމުގައި ފަނޑިޔާރު ގަބޫލުކުރަންވާނެއެވެ.
(ނ) ދަރަޖަކުރުން
613 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށުގެ އިތުރަށް:
- މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރަށް ބަޔާންކޮށްފައިވާ ކުށްކުށަކީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެވެ.
- މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށަކީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.
- އެނޫން ހާލަތްތަކުގައި އެ ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
(ރ) އަދަބު އިތުރުވާނެ ނުކުތާ
ގެންގުޅުނު ނުރައްކާތެރި ހަތިޔާރުގެ ތެރޭގައި އޮޓޮމެޓިކް ނުވަތަ ސެމީއޮޓޮމެޓިކް ބަޑި ހިމެނޭކަމަށްވާނަމަ، އެ ކުށުގެ އަދަބު އެއް ދަރަޖަ އިތުރުވާނެއެވެ.
މާނަކުރުން
712 ވަނަ މާއްދާ - މާނަކުރުން
- "އޮޓޮމެޓިކް ބަޑި" އަށް ދީފައިވަނީ މި ގާނޫނުގެ 710 ވަނަ މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "އޮޓޮމެޓިކް ލޯޑިންގ" އަށް ދީފައިވަނީ މި ގާނޫނުގެ 710 ވަނަ މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ފަނާކުރަނިވި މާއްދާ" އަށް ދީފައިވަނީ މި ގާނޫނުގެ 121 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ނުރައްކާތެރި ހަތިޔާރު" އަށް ދީފައިވަނީ މި ގާނޫނުގެ 120 ވަނަ މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ބަޑި" އަށް ދީފައިވަނީ މި ގާނޫނުގެ 710 ވަނަ މާއްދާގެ (ރ) ގެ (4) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
- "ސެމީއޮޓޮމެޓިކް ބަޑި" އަށް ދީފައިވަނީ މި ގާނޫނުގެ 710 ވަނަ މާއްދާގެ (ރ) ގެ (5) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
720 ވަނަ ބާބު
ޓެރަރިޒަމާއި ރާވައިގެން ކުރާ ކުށް
720 ވަނަ މާއްދާ - ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުން
721 ވަނަ މާއްދާ - ފައިސާގެ އެކިއެކި ލިޔުންތައް ނަހަމަ ގޮތުގައި ބޭނުންކުރުން
722 ވަނަ މާއްދާ - މާނަކުރުން
ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުން
720 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ:
- ކުށްކުރާ ޖަމާއަތެއް ހިންގުމުގައި ބައިވެރިވުން؛ ނުވަތަ
- ކުށްކުރާ ޖަމާއަތެއް ހިންގުމުގައި ބައިވެރިކުރުމަށް މީހަކު އެ ޖަމާއަތާ ގުޅުވުން؛ ނުވަތަ
- ކުށްކުރާ ޖަމާއަތަކަށް މާއްދީ ގޮތުންނާއި މާލީގޮތުން އެހީތެރިވެދިނުން؛ ނުވަތަ
- ކުށްކުރާ ޖަމާއަތެއްގެ ހަރަކާތްތަކުން ލިބޭ ފައިސާ ބޭނުންކުރުމާއި އެހެން ކަމެއްގައި އެ ފައިސާ އިންވެސްޓުކުރުން؛ ނުވަތަ
- ކުށްކުރާ ޖަމާއަތެއްގެ ހަރަކާތްތައް އެއްވެސް ގޮތަކުން ކޮންޓްރޯލުކުރުމާއި، އެހަރަކާތްތައް ކުރިއަށް ގެންދަންވީގޮތުގެ އިރުށާދު ދިނުން.
(ށ) މާނަކުރުން
- "ކުށްކުރާ ޖަމާއަތް" ކަމަށް ބުނެފައި އެވަނީ:
- އެ ޖަމާއަތުގައި ހިމެނޭ މެންބަރުންނަކީ، ގުޅިފައިވާ އާންމު އެއް މަގްސަދަކަށްޓަކައި މަސައްކަތްކުރާ ބަޔަކަށްވުމާއި:
(ހހ) އެ ޖަމާއަތުގެ މެންބަރުން ނުވަތަ އެ ޖަމާއަތާ ގުޅިފައިވާ މީހުން މެދުވެރިކޮށް، ކުރިއަށް ގެންދެވޭ ޕްލޭނެއް ނުވަތަ މަގްސަދެއްގެ ބައެއްގެ ގޮތުގައި އަނިޔާވެރިކަން ނުވަތަ ފަނާކުރުން ނުވަތަ އެދެކަންތަކުންކުރެ ކަމެއްގެ ބިރު ދެއްކުން ހިމެނޭ ދެ އަމަލު ނުވަތަ އެއަށްވުރެ ގިނަ އަމަލު ހިންގާފައިވާ ބަޔަކަށްވުން؛ ނުވަތަ
(ށށ) އެ ޖަމާއަތުގެ މެންބަރުން ނުވަތަ އެ ޖަމާއަތާ ގުޅިފައިވާ މީހުން މެދުވެރިކޮށް، މަސްތުވާއެއްޗެހި ވިއްކުމާއި މަސްތުވާއެއްޗެހި އެއް ތަނުން އަނެއް ތަނަށް ގެންގޮސް އޭގެ ވިޔަފާރިކުރުންކަމަށް މާނަކުރެވޭ ދެ އަމަލު ނުވަތަ އެއަށްވުރެ ގިނަ އަމަލު ހިންގާފައިވާ ބަޔަކަށްވުން؛ ނުވަތަ
(ނނ) އެފަދަ ކުށްކުށް ކުރުމަކީ، ނުވަތަ ކުރާނެކަމުގެ ބިރުދެއްކުމަކީ އެ ޖަމާއަތުގެ ބޭނުންކަމުގައި ނުވަތަ މަގްސަދުކަމުގައި އާންމުކޮށް އިއްލާންކޮށްފައިވާ ނުވަތަ ގަބޫލުކޮށްފައިވާ ބަޔަކަށްވުން؛ ނުވަތަ - ދިވެހިސަރުކާރުން ޓެރަރިސްޓް ޖަމާއަތެއްކަމުގައި ނުވަތަ ކުށްކުރާ ޖަމާއަތެއްކަމުގައި ކަނޑައަޅާފައިވާ ޖަމާއަތަކަށްވުން.
- އެ ޖަމާއަތުގައި ހިމެނޭ މެންބަރުންނަކީ، ގުޅިފައިވާ އާންމު އެއް މަގްސަދަކަށްޓަކައި މަސައްކަތްކުރާ ބަޔަކަށްވުމާއި:
- "މާއްދީ އެހީތެރިކަން" ކަމަށް ބުނެފައި އެވަނީ، މާލީ ހިދުމަތާއި، އެ މީހުން ތިބޭނެ ތަންތަން ހަމަޖެއްސުމާއި، އެ މީހުންނަށް ތަމްރީނުދިނުމާއި، އެ މީހުންނަށް އެ މީހުންގެ ށަހްސު އޮޅުވާލުމުގެ ލިޔުންތައް ދިނުމާއި ނުވަތަ އެކަމާގުޅޭ ދޮގު ލިޔުންތައް ތައްޔާރުކޮށްދިނުމާއި، މުއާސަލާތުގެ ވަސީލަތްތައް ފޯރުކޮށްދިނުމާއި، ހަތިޔާރު ދިނުމާއި، ގެއްލުންދެނިވި އެހެންވެސް މާއްދާތަކާއި، ގޮވާއެއްޗެއްސާއި، އެއް ތަނުން އަނެއް ތަނަށް ދިއުމުގެ އުޅަނދުފަހަރާއި މާއްދީ އެކިއެކި މުދަލާއި އެހެނިހެން އެހީ ދިނުން ހިމެނޭ ގޮތަށެވެ. މީގެ ތެރޭގައި ބޭސްފަރުވާއާއި ދީނީ ލިޔެކިޔުން ދިނުމެއް ނުހިމެނެއެވެ.
(ރ) ދަރަޖަކުރުން
- ކުށްކުރާ މީހާއަށް، އެ ޖަމާއަތަކީ ކުށްކުރާ ޖަމާއަތެއްކަން އެނގިފައިވާނަމަ:
- މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާކުށަކީ، ޖިނާޔަތުގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ؛ އަދި
- މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން (ހ) ގެ (4) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ކުށްކުށަކީ ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށްކުށެވެ.
- އެ ޖަމާއަތަކީ ކުށްކުރާ ޖަމާއަތެއްކަން ދެނެގަތުމާމެދު އެއްވެސް ފަރުވާލެއްނެތް މީހާކުރާ، މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށަކީ، ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.
- އެނޫން ހާލަތްތަކުގައި އެ ކުށަކީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
ފައިސާގެ އެކިއެކި ލިޔުންތައް ނަހަމަ ގޮތުގައި ބޭނުންކުރުން
721 ވަނަ މާއްދާ - ކުށް ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ:
- ގައިރު ގާނޫނީ ހަރަކާތަކުން ހޯދައިފައިވާ ފައިސާކަން އެނގޭ ފައިސާއާ ގުޅޭގޮތުން އެއްވެސް މާލީ މުއާމަލާތެއް ހިންގުން؛ އަދި
- އެ މާލީ މުއާމަލާތް ހިންގުމުގެ މުޅި ބޭނުމަކީ ނުވަތަ އެ މުއާމަލާތުން ހާސިލުކުރާ ބޭނުމަކީ:
- ގައިރު ގާނޫނީ އަމަލުތަކެއް ކުރުމަށް މަގުފަހިކުރުން ކަމުގައިވުން؛ ނުވަތަ
- ގައިރު ގާނޫނީ އަމަލުން ލިބޭ ފައިސާގެ ބާވަތާއި، އެ ހުރި ތަނަކާއި، އެ ލިބުނު ތަނަކާއި، އަދި އޭގެ ވެރިފަރާތާއި އޭގެ މައްޗަށް ބާރު ހިންގާ ފަރާތް ފޮރުވުން؛ ނުވަތަ
- ގާނޫނު ބުނާގޮތުން އެފަދަ ފައިސާއާބެހޭ ގޮތުން ހުށަހަޅަންޖެހޭ މައުލޫމާތު ހުށަހެޅުމުން ސަލާމަތްވެގަތުން.
(ށ) މާނަކުރުން
- "މާލީ މުއާމަލާތް" ކަމަށް ބުނެފައި އެވަނީ އަންނަނިވި ކަންކަން ހިމެނޭ ކޮންމެ މުއާމަލާތަކަށެވެ:
- ވަޔަރ ނުވަތަ އެނޫންވެސް އެހެން ވަސީލަތެއް ބޭނުންކޮށްގެން އެއް ތަނުން އަނެއް ތަނަށް ފައިސާ ގެންދިއުން؛ ނުވަތަ
- ފައިސާގެ ލިޔުމެއް އުފެއްދުން ނުވަތަ ބަދަލުކުރުން؛ ނުވަތަ
- މުދަލަކަށްއޮތް މިލްކުވެރިކަމުގެ ހައްގު އެހެން ފަރާތަކަށް ބަދަލުކުރުން.
- "ފައިސާގެ ލިޔުން" ކަމަށް ބުނެފައި އެވަނީ:
- ދިވެހިރާއްޖޭގެ ފައިސާފޮއްޗަށާއި ފައިސާގެ ނޫޓަށާއި، އެހެން ގައުމެއްގެވެސް އެފަދަ އެއްޗެއްސަށާއި، ޓްރެވެލަރސް ޗެކަށާއި، ބޭންކް ޗެކަށާއި އަދި މަނީ އޯޑަރަށެވެ؛
- އިންވެސްޓްމަންޓް ސެކިއުރިޓީއަށް ނުވަތަ ލިޔުން އަތުން އަތަށް ބަދަލުވާއިރު، އޭގެ މިލްކުވެރިކަންވެސް ބަދަލުވާގޮތަށް ފައިސާގެ ގޮތުގައި ބޭނުންކުރެވޭ އެހެނިހެން ލިޔެކިޔުމަށެވެ.
(ނ) ދަރަޖަކުރުން
މި ކުށަކީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
މާނަކުރުން
722 ވަނަ މާއްދާ - މާނަކުރުން
(ހ) "ކުށްކުރާ ޖަމާއަތް" އަށް ދީފައިވަނީ މި ގާނޫނުގެ 720 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ށ) "މާލީ މުއާމަލާތް" އަށް ދީފައިވަނީ މި ގާނޫނުގެ 721 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ނ) "މާއްދީ އެހީތެރިކަން" އަށް ދީފައިވަނީ މި ގާނޫނުގެ 720 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
(ރ) "ފައިސާގެ ލިޔުން" އަށް ދީފައިވަނީ މި ގާނޫނުގެ 721 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ދީފައިވާ މާނަކުރުމެވެ.
ތިންވަނަ ބައި - ކަނޑައެޅޭނެ އަދަބުގެ މިންވަރު
1000 ވަނަ ބާބު
އަދަބު ކަނޑައެޅުމުގެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުން
1000 ވަނަ މާއްދާ - ކަނޑައެޅޭނެ އަދަބުގެ މިންވަރު ކަނޑައަޅައި އާންމުކުރުން
1001 ވަނަ މާއްދާ - ކަނޑައެޅޭނެ އަދަބުގެ މިންވަރު
1002 ވަނަ މާއްދާ - ކަނޑައެޅޭނެ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލު
1003 ވަނަ މާއްދާ - އަދަބު ކަނޑައެޅޭނެ މިންވަރަށް އަދަބު ކަނޑައެޅުން ލާޒިމުނުވި ނަމަވެސް، އެ މިންވަރާ ހިލާފުވާ ހާލަތްތަކުގައި ސަބަބު ބަޔާންކުރުން
1004 ވަނަ މާއްދާ - ކަނޑައެޅޭނެ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލުގައި ބުނާ މިންވަރުގެ އަދަބެއް، ހުއްދަ ކުރެވިފައިވާ އެހެން ގޮތެއް ބޭނުންކޮށްގެން ކަނޑައެޅިދާނެ ހާލަތްތައް
1005 ވަނަ މާއްދާ - އަދަބުތަކުގެ މިންވަރު ދައްކުވައިދޭ ތާވަލު
1006 ވަނަ މާއްދާ - އެއް ކުށަށް ވުރެ ގިނަ ކުށަށް އަދަބުދިނުން
1007 ވަނަ މާއްދާ - އަދަބު ކަނޑައަޅާ ކޯޓުގެ ބާރުތައް
1008 ވަނަ މާއްދާ - ކައްފާރާ
ކަނޑައެޅޭނެ އަދަބުގެ މިންވަރު ކަނޑައަޅައި އާންމުކުރުން
1000 ވަނަ މާއްދާ - ކަނޑައެޅޭނެ އަދަބުގެ މިންވަރު ކަނޑައަޅައި އާންމުކުރުން
(ހ) އަދަބު ކަނޑައެޅުމުގެ ކުރިން، މި ބާބާއި މި ގާނޫނުގެ އެހެނިހެން މާއްދާތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެ ކުށަކަށް ކަނޑައެޅޭނެ އަދަބުގެ މިންވަރު ބަލަންވާނެއެވެ. އަދި އެ މިންވަރަށް ވާސިލްވިގޮތް އެ މައްސަލައެއް ނިމުނުގޮތުގެ ރިޕޯޓުގައި، ގާޒީ ހިމަނަންވާނެއެވެ.
(ށ) މި ގާނޫނުގެ ދަށުން ކަނޑައަޅާ އަދަބުގެ މިންވަރަށް ވާސިލްވުމަށްޓަކައި ކޯޓުން ގެންގުޅޭ އުސޫލުތަކަކީ އެއްގޮތް އުސޫލުތަކަކަށް ހެދުމަށް، އެ އިރެއްގައި ދިވެހިރާއްޖޭގައި ހުންނަ އެންމެ އިސް ކޯޓުން މަދުވެގެން ކޮންމެ 2 އަހަރުން 1 އަހަރު އެ މިންގަނޑުތައް ބަލައި، މުރާޖައާކުރަންވާނެއެވެ.
ކަނޑައެޅޭނެ އަދަބުގެ މިންވަރު
1001 ވަނަ މާއްދާ - އަދަބުގެ މިންވަރު ކޯޓުން ކަނޑައެޅުން
މި ގާނޫނުގެ 1002 ވަނަ މާއްދާގައިވާ "ކަނޑައެޅޭނެ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލު" ގައިވާ ގޮތުގެމަތިން، އެ ކުށަކަށް ކަނޑައެޅޭނެ އަދަބުގެ މިންވަރު، އަންނަނިވި ގޮތުގެމަތިން ކޯޓުން ކަނޑައަޅަންވާނެއެވެ.
(ހ) އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑު ބަޔާންކުރާ ގޮޅި ކަނޑައެޅުން
މި ގާނޫނުގެ 1 ވަނަ ބަޔާއި 2 ވަނަ ބައިގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކުށުގެ ދަރަޖަ ކަނޑައެޅުމަށްފަހު، އެ ކުށަކަށް ކަނޑައެޅޭނެ އަދަބުގެ މިންވަރު ދެނެގަތުމަށްޓަކައި މި ގާނޫނުގެ 1002 ވަނަ މާއްދާގައިވާ "ކަނޑައެޅޭނެ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލު" އިން ކުށުގެ ދަރަޖަ ބަޔާންކޮށްފައިވާ ކޮލަމުގައި (މަތިން ތިރިއަށް) ހިމެނޭ ގޮޅިތަކުގެ ތެރެއިން "އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑު" ބަޔާންކުރާ ގޮޅި (ކަނާތުން ވާތަށް) ކަނޑައަޅަންވާނެއެވެ.
(ށ) އަދަބު ކަނޑައެޅުމުގައި ރިއާޔަތް ކުރަންޖެހޭ ކަންކަމުން ތާވަލުން މިނެއް ކަނޑައެޅުން
އެ މައްސަލައަކާ ގުޅިގެން އަދަބު ކަނޑައެޅުމުގައި ބަލާނެ ނުކުތާތައް ދެނެގަތުމުގައި، އަންނަނިވި ކަންކަމަށް ކޯޓުން ރިއާޔަތް ކުރަންވާނެއެވެ.
- އެ މީހެއްގެ މައްޗަށް ސާބިތުވި ކުށަށް އަދަބު ކަނޑައެޅުމުގައި ބަލަންޖެހޭ ނުކުތާތައްކަމަށް މި ގާނޫނުގެ 1 ވަނަ ބަޔާއި 2 ވަނަ ބައިގައި ބަޔާންކޮށްފައިވާ ކަންކަމާއި، އަދި
- މި ގާނޫނުގެ 1100 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، އަދަބުގެ ކުޑަބޮޑުމިނަށް ގެންނަންޖެހޭ ބަދަލުތަކާއި؛ (މި މާއްދާގެ 1 ވަނަ ނަންބަރުގައި ބަޔާންވެގެންވާ ގޮތުގެމަތިން އަދަބު ކަނޑައެޅުމުގައި ރިއާޔަތް ކުރަންޖެހޭ ހާއްސަ ކަންތައްތަކުގެ ތެރޭގައި ހިމެނިފައި ނުވާ ކަންތައްތައް) އަދި
- އަދަބު ކަނޑައެޅުމުގައި ބަލަންޖެހޭ ކަންކަމުގެ ތެރެއިން ކަމެއް، ސާފު އަދި ފަބޫލުކުރެވޭ ހެކީގެ އަލީގައި ސާބިތުވެފައިވާނަމަ އެކަމަކާއި؛ އަދި (އިސްލާހު ކުރެވިފައި)
- އަދަބުގެ ކުޑަބޮޑު މިނަށް ގެންނަންޖެހޭ ބަދަލުތައް ކަނޑައެޅުމަށްޓަކައި، ސާބިތުވެފައިވާ ކަންކަމުގެ މައްޗަށް ބަލައި، އަދަބުގެ މިންވަރު މައްޗަށް ޖައްސަންޖެހޭ ނުކުތާތަކުން އަދަބުގެ މިންވަރު ދަށަށް ޖައްސަންޖެހޭ ނުކުތާތައް
- އަދަބުގެ މިންވަރު މައްޗަށް ޖައްސަންޖެހޭ އެންމެހާ ކަންކަން އެއްކުރުމަށްފަހު އެއިން އަދަބުގެ މިންވަރު ދަށަށް ޖައްސަންޖެހޭ އެންމެހާ ކަންކަން ކެނޑުމުން އަންނަ އަދަބުގެ މިންވަރަކީ، މި ގާނޫނުގެ 1002 ވަނަ މާއްދާގައިވާ "ކަނޑައެޅޭނެ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލު" އިން އެ ކުށަކާ ގުޅިގެން ދެވޭނެ އަދަބުގެ މިންވަރު ކަނޑައަޅާ ގޮޅިއެވެ.
(ނ) ކުށަކަށް ކަނޑައެޅޭނެ އަދަބުގެ މިންވަރު
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ކުށުގެ ދަރަޖަ ބަޔާންކުރާ ކޮލަމްގެ ގޮޅިއާގުޅޭ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކުށުގެ އަދަބުގެ މިންވަރަށް ގެންނަންޖެހޭ އުނި އިތުރު ގެނައުމަށްފަހު ކަނޑައަޅާ ގޮޅީގައި ބަޔާންކުރާ އަދަބަކީ އެ ކުށަކަށް ކަނޑައެޅޭނެ އަދަބުގެ މިންވަރެވެ.
(ރ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ކުށްތަކަށް، މި ގާނޫނުގެ ދަށުން އަދަބު ދޭއިރު، އެ ހާދިސާގައި ހިމެނޭ ގިނަ ކުށްތަކަށް ދައުވާ ކުރެވިފައިނުވާ ހާލަތްތަކުގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ "އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑު" ކަމަށް ބަލާނީ، މި ގާނޫނުގެ 1002 ވަނަ މާއްދާގައި އޮތް ކަނޑައެޅޭ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލުގައި އޮތް އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ 3 (ތިނެއް) ދަރަޖަ މަތީ ދަރަޖައެވެ. އެއަށްފަހު، މި މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރުމަށްފަހު، އަދަބުގެ މިންވަރު ކަނޑައަޅާނީއެވެ. (އިތުރު ކުރެވިފައި)
ކަނޑައެޅޭނެ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލު
1002 ވަނަ މާއްދާ - އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލު
(ހ) ކަނޑައެޅޭ އަދަބުގެ މިންވަރު ކޯޓުން ކަނޑައަޅަންވާނީ މި ގާނޫނުގެ 1003 ވަނަ މާއްދާއާއި، ތިރީގައިވާ ތާވަލުގައި ބަޔާންވެގެންވާ ގޮތުގެމަތިންނެވެ.
(ތާވަލު އިސްލާހު ކުރެވިފައި)
ޖިނާޔަތުގެ ދަރަޖަ 1 |
ޖިނާޔަތުގެ ދަރަޖަ 2 |
ޖިނާޔަތުގެ ދަރަޖަ 3 |
ޖިނާޔަތުގެ ދަރަޖަ 4 |
ޖިނާޔަތުގެ ދަރަޖަ 5 |
ޖުނަހްގެ ދަރަޖަ 1 |
ޖުނަހްގެ ދަރަޖަ 2 |
ޖުނަހްގެ ދަރަޖަ 3 |
|
ކަނޑައެޅޭނެ އެންމެ ބޮޑު އަދަބު | 25 އ | 15 އ | 8 އ | 4 އ | 2 އ | 1 އ | 6 މ | 3 މ |
+5 |
22 އ، 6 މ |
13 އ، 6 މ |
7، އ، 2 މ، 12 ދ |
3 އ، 7މ، 6 ދ |
1 އ، 9 މ، 18 ދ |
10 މ، 24 ދ |
5 މ، 12 ދ |
2 މ، 21 ދ |
+4 | 20 އ | 12 އ |
6 އ، 4 މ، 24 ދ |
3 އ، 2 މ، 12 ދ |
1 އ، 7 މ، 6 ދ |
9 މ، 18 ދ |
4 މ، 24 ދ |
2 ނމ 12 ދ |
+3 |
17 އ، 6 މ |
10 އ، 6 މ |
5 އ، 7 މ، 6 ދ |
2 އ، 9 މ، 18 ދ |
1 އ، 4 މ، 24 ދ |
8 މ، 12 ދ |
4 މ، 6 ދ |
2 މ، 3 ދ |
+2 | 15 އ | 9 އ |
4 އ، 9 މ، 18 ދ |
2 އ، 4 މ، 24 ދ |
1 އ، 2މ، 12 ދ |
7 މ، 6 ދ |
3 މ، 18 ދ |
1 މ، 24 ދ |
+1 |
12 އ، 6 މ |
7 އ، 6 މ |
4 އ | 2 އ | 1 އ | 6 މ | 3 މ |
1 މ، 15 ދ |
އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑު | 10 އ | 6 އ |
3 އ، 2 މ، 12 ދ |
1 އ، 7 މ، 6 ދ |
9 މ، 18 ދ |
4 މ، 24 ދ |
2 މ، 12 ދ |
1 މ، 6 ދ |
-1 |
7 އ، 6 މ |
4 އ، 6 މ |
2 އ، 4 މ، 24 ދ |
1 އ، 12 ދ |
7 މ، 6 ދ |
3 މ، 18 ދ |
1 މ 24 ދ |
27 ދ |
-2 | 5 އ | 3 އ |
1 އ، 7 މ، 6 ދ |
9 މ، 18 ދ |
4 މ، 24 ދ |
2 މ، 12 ދ |
1 މ، 6 ދ |
18 ދ |
-3 |
2 އ، 6 މ |
1 އ، 6 މ |
9 މ، 18 ދ |
4 މ، 24 ދ |
2 މ، 12 ދ |
1 މ، 6 ދ |
18 ދ | 9 ދ |
(ށ) ވަގުތު ގުނުން
މި ގާނޫނުގެ ބޭނުމަށް އަދަބުގެ ވަގުތުތައް ގުނާނީ، އެންމެ ފަހުގެ ކުށުގެ އަދަބުގެ ފުރަތަމަ ދުވަހުން ފެށިގެން، އެދުވަހާ ހަމައަށް ތަންފީޒުކުރަމުންދިޔަ އެހެން އަދަބުތައް ހިމެނޭ ގޮތުގެމަތިންނެވެ.
- "އ" (އަހަރު): އަހަރަކީ 365 ދުވަހެވެ.
- "މ" (މަސް): އެއްމަސް ދުވަހަކީ 30 ދުވަހެވެ.
- "ދ" (ދުވަސް): ދުވަހަކީ 24 ގަޑިއިރެވެ.
އަދަބު ކަނޑައެޅޭނެ މިންވަރަށް އަދަބު ކަނޑައެޅުން ލާޒިމުނުވި ނަމަވެސް، އެ މިންވަރާ ހިލާފުވާ
ހާލަތްތަކުގައި ސަބަބު ބަޔާންކުރުން
1003 ވަނަ މާއްދާ - އަދަބު ކަނޑައެޅޭނެ މިންވަރަށް އަދަބު ކަނޑައެޅުން ލާޒިމުނުވި ނަމަވެސް، އެ މިންވަރާ ހިލާފުވާ ހާލަތްތަކުގައި ސަބަބު ބަޔާންކުރުން
(ހ) ކުށްވެރިޔާގެ މައްޗަށް އަދަބުކަނޑައެޅުމުގައި ކަނޑައެޅޭނެ އަދަބުގެ މިންވަރަށް އަދަބު ކަނޑައެޅުން ކޯޓަށް ކޮންމެހެން ލާޒިމުވެގެނެއްނުވެއެވެ. މި ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާންމު މަގްސަދުތަކާ އެއްގޮތްވާ ގޮތުގެމަތިން، ގާނޫނު ހުއްދަކުރާ އަދަބުތަކުގެ ތެރެއިން އަދަބެއް ކުށްވެރިޔާގެ މައްޗަށް ކަނޑައެޅުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
(ށ) ނަމަވެސް މި ގާނޫނުގެ 1002 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ކަނޑައެޅޭނެ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލު" ގައި އެކުށަކަށް ކަނޑައަޅާފައިވާ އަދަބުގެ މިންވަރަށްވުރެ 2 މިންވަރު ނުވަތަ އެއަށްވުރެ މަތީ މިންވަރެއްގެ އަދަބެއް ކޯޓުން ކަނޑައަޅައިފިނަމަ، އެ ކަނޑައެޅޭނެ އަދަބުގެ މިންވަރުކަމަށް ބަޔާންކޮށްފައިވާ މިންވަރާ ހިލާފުވި ސަބަބު،
އެ މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގައި ގާޒީ ހިމަނަން ވާނެއެވެ.
(ނ) ކަނޑައެޅޭނެ އަދަބުގެ މިންވަރާއި އަންނަނިވި މިންވަރަށް ކޯޓުން ހިލާފުވެއްޖެނަމަ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަމަލުކުރެވިދާނެއެވެ.
- ކަނޑައެޅޭނެ އަދަބުގެ މިންވަރަށް ވުރެ 2 މިންވަރު ނުވަތަ އެއަށްވުރެ މަތީ މިންވަރެއްގެ އަދަބެއް ކަނޑައަޅައިފިނަމަ، އެ އަދަބާ ދެކޮޅަށް މަތީ މަރުހަލާއެއްގެ ކޯޓެއްގައި އިސްތިއުނާފުކުރުމުގެ ހައްފު ކުށް ސާބިތުވެފައިވާ މީހާއަށް ލިބިގެންވެއެވެ. (އިސްލާހު ކުރެވިފައި)
- ކަނޑައެޅޭ އަދަބުގެ މިންވަރަށް ވުރެ 2 މިންވަރު ނުވަތަ އެއަށްވުރެ ދަށް މިންވަރެއްގެ އަދަބެއް ކަނޑައަޅައިފިނަމަ، އެއަދަބާއި ދެކޮޅަށް ދިވެހިރާއްޖޭގެ މަތީމަރުހަލާގެ ކޯޓެއްގައި އިސްތިއުނާފުކުރުމުގެ ހައްގު ދައުލަތަށް ލިބިގެންވެއެވެ.
(ރ) ކުށުގެ ދަރަޖަ ކަނޑައެޅުމުގައި ކޯޓުން އޮޅުން އަރައިފައިވާނަމަ ނުވަތަ ކަނޑައެޅޭނެ އަދަބުގެ މިންވަރު ނިންމުމުގައި ގާނޫނީގޮތުން ނުބައި ކޮށް ނިންމައިފައިވާނަމަ
އެ ކަނޑައެޅި ކަނޑައެޅުމާމެދު ނުވަތަ އެ ނިންމި ނިންމުމާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ހައްގު ދައުލަތަށާއި ކުށްވެރިޔާއަށް ލިބިގެންވެއެވެ.
ކަނޑައެޅޭނެ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލުގައި ބުނާ މިންވަރުގެ އަދަބެއް، ހުއްދަ ކުރެވިފައިވާ
އެހެން ގޮތެއް ބޭނުންކޮށްގެން ކަނޑައެޅިދާނެ ހާލަތްތައް
1004 ވަނަ މާއްދާ - ކަނޑައެޅޭނެ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލުގައި ބުނާ މިންވަރުގެ އަދަބެއް، ހުއްދަ ކުރެވިފައިވާ އެހެން ގޮތެއް ބޭނުންކޮށްގެން ކަނޑައެޅިދާނެ ހާލަތްތައް
މި ގާނޫނުގެ 1002 ވަނަ މާއްދާގައިވާ "ކަނޑައެޅޭނެ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލު" ގައި ކުށެއްގެ އަދަބުގައި ކުށްވެރިއަކު ޖަލަށްލެވޭނެ އެންމެ ދިގު މުއްދަތު ކަނޑައަޅާފައިވާނެއެވެ. އެހެންނަމަވެސް، އެގޮތުން ކަނޑައެޅޭނެ ޖަލުގެ މުއްދަތާ އެއް މިންވަރެއްގެ އެހެން އަދަބެއް ނުވަތަ ތަފާތު އެކިއެކި ބާވަތުގެ އަދަބުތައް އެއްކުރުމަށްފަހު ކުށްވެރިއަކު ޖަލަށްލެވޭނެ އެންމެ ދިގު މުއްދަތާ އެއްހަމަ އަދަބު އެކުށްވެރިއެއްގެ މައްޗަށް ކަނޑައެޅިދާނެއެވެ. މިގޮތުން ކަނޑައެޅޭ އަދަބުގެ މުއްދަތާއި ބާވަތް ވާންވާނީ މި ގާނޫނުގެ 1005 ވަނަ މާއްދާގައިވާ "ތަފާތު އަދަބު އެއްހަމަ ކުރާ ތާވަލު" ގައިވާ ގޮތުގެމަތިންނެވެ.
އަދަބުތަކުގެ މިންވަރު ދައްކުވައިދޭ ތާވަލު
1005 ވަނަ މާއްދާ - އަދަބުތަކުގެ މިންވަރު ދައްކުވައިދޭ ތާވަލު
(ހ) މި މާއްދާގައިވާ "ތަފާތު އަދަބު އެއްހަމަ ކުރާ ތާވަލު" ގައިވާ ގޮތުގެމަތިން އެ ކުށަކަށް ކަނޑައެޅޭނެ އަދަބުގެ ޖުމްލަ މުއްދަތަށް ވުރެ އިތުރުނުވާ ގޮތުގެމަތިން ތަފާތު އެކިއެކި ބާވަތްތަކުން އަދަބު ކަނޑައެޅުމުގެ އިހްތިޔާރު ކޯޓަށް ލިބިގެން ވެއެވެ.
ޖަލަށްލުން | ގޭ ބަންދު | މުޖްތަމައަށް ހިދްމަތްކުރުން | ޖޫރިމަނާ (ދެ އަދަދުން ބޮޑު އަދަދެއް) | އުޅޭނޫޅޭގޮތް ގާތުން ބެލުން | ޕްރޮބޭށަން |
1 އަހަރު | 2 އަހަރު | 1920 ގަޑިއިރު | 72،000 ރ، ނުވަތަ 1 އަހަރުގެ އާމްދަނީ | 4 އަހަރު | 6 އަހަރު |
6 މަސް | 1 އަހަރު | 960 ގަޑިއިރު | 36،000 ރ، ނުވަތަ 6 މަހުގެ އާމްދަނީ | 2 އަހަރު | 3 އަހަރު |
3 މަސް | 6 މަސް | 480 ގަޑިއިރު | 18،000 ރ، ނުވަތަ 3 މަހުގެ އާމްދަނީ | 1 އަހަރު | 1.5 އަހަރު |
1 މަސް | 2 މަސް | 160 ގަޑިއިރު | 6،000 ރ، ނުވަތަ 1 މަހުގެ އާމްދަނީ | 4 މަސް | 6 މަސް |
7 ދުވަސް | 15 ދުވަސް | 40 ގަޑިއރު | 1،400 ރ، ނުވަތަ 7 ދުވަހުގެ އާމްދަނީ | 1 މަސް | 1.5 މަސް |
(ށ) ގޭގައި ބަންދު ކުރުން
ގޭގައި ބަންދުކުރުމަކީ ގެއެއްގައި ނުވަތަ ގެއެއްގެ މަގާމުު ދެވޭ ފަދަ ތަނެއްގައި ބަންދުކުރާ ބަންދުކުރުމެވެ. މިގޮތަށް ބަންދުކުރެވިފައިވާ މީހާ އޭނާ ބަންދުކުރެވިފައިވާ ތަނުން ގަވާއިދާ ހިލާފަށް ނުކުމެގެން ނުވާނެއެވެ. އަދި ގަވާއިދާ ހިލާފަށް ނުކުމެއްޖެނަމަ، އޭނާގެ މައްޗަށް އިތުރު އަދަބު ކަނޑައެޅިދާނެއެވެ. (އިސްލާހު ކުރެވިފައި)
(ނ) ޖޫރިމަނާ
އެކުރި ކުށުގެ އަދަބުގެގޮތުން ކުށްވެރިޔާ، ޖޫރިމަނާ ކޮށް އެ ޖޫރިމަނާގެ ފައިސާ ދައުލަތަށް ދެއްކުމަށް އެންގިދާނެއެވެ. އަދި މިގޮތުން ކުރެވޭ ޖޫރިމަނާގެ އަދަދު ވާންވާނީ މި ގާނޫނު ހުއްދަކުރާ މިންވަރަށް ވުރެ އިތުރުނުވާ އަދަދަކަށެވެ.
(ރ) މުޖްތަމައަށް ހިދުމަތް ކުރުން
ކުށުގެ އަދަބުގެ ގޮތުން ކުށްވެރިޔާ މުޖްތަމައަށް ފައިދާ ކުރަނިވި ކަމެއް ނުވަތަ މަސައްކަތެއް ނުވަތަ ހިދުމަތެއް ކުރުމަށް ކޯޓުން ހުކުމް ކުރެވިދާނެއެވެ. މިގޮތުން ކުރާ ހުކުމަކީ އެ ކުށްވެރިއަކު ލަދުވެތި ކުރުވުން ކަމުގައި ނުވިނަމަވެސް އެކަންކަން ނުވަތަ މަސައްކަތް ނުވަތަ ހިދުމަތް ވާންވާނީ ކުށްވެރިޔާއާއި މުޖްތަމައުގެ ކުރިމަތީގައި އަދަބެއްގެ ގޮތުގައި ބަލައިގަނެވޭ ކަންކަމަށެވެ.
(ބ) އުޅޭނޫޅޭގޮތް ގާތުން ބެލުން
އުޅޭނޫޅޭގޮތް ގާތުން ބެލުމަކީ ކުށްވެރިޔާ އުޅޭނޫޅޭގޮތް ވަރަށް ގާތުން ބަލާބެލުމެވެ. ކުށްވެރިޔާއަށް ވަކި ބަޔަކާ ބައްދަލުނުކުރެވޭގޮތަށް ކަނޑައެޅުމާއި، ބައެއް ތަންތަނަށް ނުދެވޭގޮތަށް އަމުރުކުރުމާއި، ބައެއް ތަންތަން ނޫން ތަނަކަށް ނުދެވޭގޮތަށް (މަސައްކަތްކުރާ ތަނާއި ދިރިއުޅޭތަން ފަދަ) އަމުރުކުރުމާއި، ކުށްވެރިޔާ ކަނޑައެޅޭ ވަކި ގަޑިތަކެއްގައި މެނުވީ ގެއިން ނުވަތަ ހުއްދަ ކުރެވިފައިވާ ތަނުން ބޭރަށް ނުދިއުމަށް އަމުރުކުރުމާއި، ކަނޑައެޅޭ ވަކި އުސޫލެއްގެ މަތިން މަސްތުވާއެއްޗެއް ނުވަތަ ބަނގުރާ ބޭނުންކޮށްފައިވޭތޯ ބެލުމަށްޓަކައި ކުރާ ޓެސްޓްކުރަން އެންގުމާއި، ކުށްވެރިޔާގެ ހަށިގަނޑާއި، އޭނާ އުޅޭ ތަން ދުރާލާ އެންގުމަކާ ނުވަތަ އިތުރު ހުއްދައަކާ ނުލައި ބަލައި ފާސްކުރުމަށް އެންގުމާއި، ކަނޑައެޅޭ ތައުލީމީ ނުވަތަ އެނޫންވެސް ޕްރޮގްރާމެއްގައި ކުށްވެރިޔާ ބައިވެރިވުމަށް ނުވަތަ ވަކި ބާވަތެއްގެ ވަޒީފާއެއްގައި ދެމިހުރުމަށް އެންގުމާއި، މިނޫންވެސް ކުށްވެރިޔާގެ ފަރާތުން އާންމުން ސަލާމަތް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައްއަޅައި، ކުށްވެރިޔާ އެނބުރި މުޖްތަމައަށް އައުން އަވަސްކުރުމާއި އޭނާ އެކުޅަ ކުށަށް ހައްގު އަދަބު ލިބިދިނުމަށްޓަކައި މަތީގައި ބަޔާންކުރެވުނު ކަންކަމާއި އެކަންކަމުގެ އިތުރުންވެސް ކޯޓަށް ފެންނަ އަމުރުކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ. އުޅޭނޫޅޭގޮތް ކައިރިން ބެލުމުގައި ކުށްވެރިޔާ ވަކި ހާއްސަ ފަރުވާގެ ޕްރޮގްރާމެއްގައި ބައިވެރިވުން ހިމެނިދާނެއެވެ. ފަރުވާގެ ޕްރޮގްރާމަކީ ކުށްވެރިޔާ ދެވިހިފާފައިވާ ކަންކަން ރަނގަޅުކުރުމަށް ނުވަތަ އޭނާ ކުށްކުރުމަށް އެހީތެރިވާ ސިފަތައް އިސްލާހުކުރުމަށް، ފަރުވާދޭ މަރުކަޒެއްގައި ފަރުވާ ހޯދުމެވެ. އެފަދަ ފަރުވާގެ ޕްރޮގްރާމެއްގައި ބައިވެރިވާ ކުށްވެރިޔާ، އެ ޕްރޮގްރާމްގެ ފަރާތުން ކަނޑައަޅާ ކަންކަން ކުރުމަކީ ގާނޫނީ ގޮތުން އޭނާގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ.
(ޅ) ޕްރޮބޭށަން
ޕްރޮބޭށަންއަކީ އުޅޭނޫޅޭގޮތް ކައިރިން ބަލާ އޮފިސަރަކާ ގަވާއިދުން ބައްދަލުކުރުމަށާއި، މަސްތުވާއެއްޗެއް ނުވަތަ ބަނގުރާ ބޭނުންކޮށްފައިވޭތޯ ބެލުމަށްކުރާ ޓެސްޓް ގަވާއިދުން ކުރުމަށާއި، ކައުންސިލިންއަށް ގަވާއިދުން ހާޒިރުވުމަށް އަމުރުކުރުމާއި، އޭނާގެ ފަރާތުން އެހެން މީހުން ހިމާޔާތްކުރުމަށްޓަކައި ވީހާވެސް ކުޑަ މިންވަރަކަށް ކުށްވެރިޔާއަށް ކަންކަން މަނާކުރުމާއެކު، ކުށްވެރިޔާ އެނބުރި މުޖްތަމައަށް އައުން އަވަސްކުރުމާއި އޭނާ ކުޅަކުށަށް ހައްގު އަދަބު ލިބިދިނުން ހިމެނޭ ގޮތުގެމަތިން، ވަކި ކަންކަން މަނާކުރުމާއެކު ކުށްވެރިޔާ ދޫކޮށްލާފައި ހުންނަ މުއްދަތެވެ.
އެއް ކުށަށް ވުރެ ގިނަ ކުށަށް އަދަބުދިނުން
1006 ވަނަ މާއްދާ - އެއް ކުށަށްވުރެ ގިނަ ކުށަށް އަދަބުދިނުން
ކުށްވެރިޔާގެ މައްޗަށް އެއް ކުށަށްވުރެ ގިނަ ކުށް ސާބިތުވާ ހާލަތްތަކުގައި އޭނާގެ މައްޗަށް ސާބިތުވެފައިވާ ކުށްތަކަށް އަދަބު ކަނޑައެޅުމުގައި އަމަލުކުރާނީ އަންނަނިވި ގޮތުގެމަތިންނެވެ.
(ހ) ކުށްވެރިޔާގެ މައްޗަށް ސާބިތުވާ ކޮންމެ ކުށަކަށްމެ އަދަބު ކަނޑައަޅާނީ އެ ކުށަކަށް ވަކިން، އެ ކުށެއްގެ ދަރަޖައާއި، އަދަބު ކަނޑައެޅުމުގައި ބަލަންޖެހޭ އެންމެހާ ކަންކަން ބެލުމަށްފަހު، އެއީ އޭނާގެ މައްޗަށް ސާބިތުވި ހަމައެކަނި ކުށް ކަމަށް ބަލައިގެންނެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އަދަބު ކަނޑައަޅަންޖެހޭ ގޮތަށް ބަލައި، ކުށްވެރިޔާގެ މައްޗަށް ކަނޑައަޅާ އަދަބުގެ މުއްދަތަކަށްވާނީ:
- އެންމެ ބޮޑު ކުށަށް، ނުވަތަ އަދަބުގެ މުއްދަތު އެންމެ ދިގު ކުށަށް، އެ ކުށަށް ކަނޑައެޅެން އޮތް އަދަބުގެ އެންމެ ދިގު މުއްދަތެވެ.
- ދެވަނައަށް އެންމެ ބޮޑު ކުށަށް، ނުވަތަ އަދަބުގެ މުއްދަތު ދެވަނައަށް އެންމެ ދިގު ކުށަށް، ކަނޑައަޅަންޖެހޭ އަދަބުގެ މުއްދަތުގެ ދެބައިކުޅަ އެއްބައި.
- ތިންވަނައަށް އެންމެ ބޮޑު ކުށަށް، ނުވަތަ އަދަބުގެ މުއްދަތު ތިންވަނައަށް އެންމެ ދިގު ކުށަށް، ކަނޑައަޅަންޖެހޭ އަދަބުގެ ހަތަރުބައި ކުޅަ އެއްބައި.
- ހަތަރުވަނައަށް އެންމެ ބޮޑު ކުށަށް، ނުވަތަ އަދަބުގެ މުއްދަތު ހަތަރުވަނައަށް އެންމެ ދިގު ކުށަށް، ކަނޑައަޅަންޖެހޭ އަދަބުގެ އަށްބައިކުޅަ
- މަތީގައި ބަޔާން ކުރެވުނު އުސޫލުން ހުރިހާ ކުށަކަށްމެ އަދަބު ކަނޑައެޅުން. އެގޮތުން އަދަބު ކަނޑައެޅުމުން ކުށްވެރިޔާގެ މައްޗަށް ކަނޑައެޅޭ އަދަބުގެ ޖުމްލަ ކޮންމެ ކުށަކާ ގުޅިގެން އިތުރުވެގެން ދާނެއެވެ. އެހެންނަމަވެސް އިތުރުވާ ކޮންމެ ކުށަކާ ގުޅިގެން އެ ކުށަކަށް ކަނޑައެޅޭ އަދަބު، މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުން (4) ވަނަ ނަންބަރަށް ބަޔާންކޮށްފައިވާ އުސޫލުން ދާނީ ކުޑަވަމުންނެވެ.
(ނ) އެއްފަހަރާ ދެކުށަކަށް ބަންދުގެ އަދަބު ތަންފީޒުނުކުރުން
އެއް ކުށަށްވުރެ ގިނަކުށަށް ބަންދުގެ އަދަބު ކަނޑައެޅިފައިވާ ހާލަތްތަކުގައި، ކޮންމެ ކުށަކަށްމެ ކަނޑައެޅޭ އަދަބު ތަންފީޒުކުރާނީ ވަކިވަކިންނެވެ.
(ރ) އަދަބުގެ މުއްދަތާއި ކުށުގެ ނުރައްކާތެރިކަން އެއްވަރުވުން
އެއް ކުށަށްވުރެ ގިނަ ކުށުން ކުށްވެރިޔާ ކުށްވެރިވާ ހާލަތްތަކުގައި، އެ ދެ ކުށަކީ ނުވަތަ ކުށްތަކަކީވެސް ކުށުގެ ބޮޑުމިނަށް ބަލާއިރު އެއްވަރުގެ ދެ ކުށަށް ނުވަތަ ކުށްތަކަށްވާނަމަ، ނުވަތަ ކަނޑައަޅަންޖެހޭ އަދަބުގެ މުއްދަތު އެއްވަރުގެ ކުށްތަކެއްނަމަ، އެ ކުށްތަކުގެ ތެރެއިން އެއް ކުށަކީ އަނެއް ކުށަށްވުރެ ބޮޑު ކުށެއްކަމަށް ކޯޓުން ބަލައި، މި މާއްދާގައިވާ އުސޫލުން އަދަބު ކަނޑައަޅާނީއެވެ.
އަދަބު ކަނޑައަޅާ ކޯޓުގެ ބާރުތައް
1007 ވަނަ މާއްދާ - އަދަބު ކަނޑައެޅުމުގެ ބާރު
(ހ) ކުށްވެރިޔާގެ މައްޗަށް ޖަލަށްލައިގެން ދޭ އަދަބުތަކާއި ޖަލަށްނުލައި ދޭ އަދަބުތައް ދިނުމުގެ އިތުރަށް، ކުށްވެރިޔާ ވަކި ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އަމުރުކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ. މިގޮތުން ކުރާ އަމުރު، އެހެން އަދަބުތަކުގެ މުއްދަތަށް ވުރެ ދިގު މުއްދަތަކަށް ދެމިއޮވެދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ވަކިކަމެއް ކުރުމަށް ކޯޓުން ކުރާ އަމުރަކީ އަދަބެއްގެ ގޮތުގައި ބެލެވޭނެ އަމުރެވެ. އަދި މިފަދަ އަމުރު ނެރޭ ހާލަތްތަކުގައި އެ އަމުރުގެ ކުޑަބޮޑު މިނަށް ބަލައި ކުށްވެރިޔާގެ މައްޗަށް ކަނޑައަޅާ އެހެން އަދަބު ކުޑަކުރަން ވާނެއެވެ.
ކައްފާރާ
1008 ވަނަ މާއްދާ - ކައްފާރާ
މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން އިސްލާމީ ށަރީއަތުގައި ކައްފާރާގެ އަދަބު ކަނޑައަޅާފައިވާ ކުށްތަކަށް ކައްފާރާގެ އަދަބު ކަނޑައަޅަންވާނެއެވެ.
1100 ވަނަ ބާބު
އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށް ގެންނަންޖެހޭ ބަދަލުތައް
1100 ވަނަ މާއްދާ - އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑާ އެއްގޮތަށް އަމަލުކުރުން
1101 ވަނަ މާއްދާ - ކުށް މާނަކުރުމުގައި، އެކުށެއްގައި ފުރިހަމަވާންޖެހޭނެކަމަށް ބަޔާންކޮށްފައިވާ މިންވަރަށްވުރެ، ކުށުގެ ނިޔަތާގުޅޭ ރުކުންތައް އިތުރުވާނަމަ، އަދަބުގެ މިންވަރު މަތިވުން
1102 ވަނަ މާއްދާ - ބޮޑު ގެއްލުމެއް ދިނުމުގެ ސަބަބުން އަދަބުގެ ދަރަޖަ މަތިވުން
1103 ވަނަ މާއްދާ - ފަރުވާލެއްނެތް އަނިޔާވެރިކަމެއް ދެއްކުމުގެ ސަބަބުން ކުށުގެ އަދަބުގެ މިންވަރު މަތިވުން
1104 ވަނަ މާއްދާ - ކުށެއްގެ ރެކޯޑަށް ބަލައި ކުށުގެ އަދަބުގެ މިންވަރު މަތިވުން ނުވަތަ ދަށްވުން
1105 ވަނަ މާއްދާ - އަނިޔާލިބުނު މީހާއަށް ބަދަލުދޭން އިންކާރުކުރުމުގެ ސަބަބުން އަދަބުގެ ދަރަޖަ މަތިވުން
1106 ވަނަ މާއްދާ - ކުށްވެރިޔާ ކުށާމެދު ދެރަވާކަން އާންމުންގެ ތެރޭގައި ފާޅުކުރުމުގެ ސަބަބުން އަދަބުގެ ދަރަޖަ ދަށްވުން
1107 ވަނަ މާއްދާ - ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް، އެކަށީގެންވާ މިންވަރަކަށް އެއްބާރުލުން ދިނުމުގެ ސަބަބުން އަދަބުގެ މިންވަރު ދަށްވުން
1108 ވަނަ މާއްދާ - މުޅިން ފުރިހަމަނުވާ ދިފާއެއް އޮތުމުގެ ސަބަބުން އަދަބުގެ މިންވަރު ދަށްވުން
1109 ވަނަ މާއްދާ - މުޅިން ފުރިހަމަނުވާ މައާފު ލިބެނިވި ދިފާއެއް އޮތުމުގެ ސަބަބުން އަދަބުގެ ދަރަޖަ ދަށްވުން
1110 ވަނަ މާއްދާ - ސިކުނޑިއަށް ނުވަތަ ޖަޒްބާތަށް އިންތިހާއަށް އަސަރުކޮށްފައިވުމުގެ ސަބަބުން އަދަބުގެ ދަރަޖަ ދަށްވުން
އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑާ އެއްގޮތަށް އަމަލުކުރުން
1100 ވަނަ މާއްދާ - އާންމު އުސޫލު
(ހ) މި ގާނޫނުގެ ކުށް މާނަކުރާ މާއްދާތަކުގައި އަދަބު ކަނޑައެޅުމުގައި ރިއާޔަތް ކުރަންޖެހޭ ކަންތައްތަކުގެ އަލީގައި އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށް ގެންނަންޖެހޭ ބަދަލުތަކުގެ އިތުރުން، މި ބާބުގައި ބަޔާންކޮށްފައިވާ މާއްދާތަކާ އެއްގޮތްވާ ގޮތުގެމަތިންވެސް އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށް ބަދަލު ގެންނަންވާނެއެވެ.
(ށ) ފުށުނާރާގޮތަށް އަމަލުކުރުން
އަދަބު ކަނޑައެޅުމުގައި ރިއާޔަތް ކުރަންޖެހޭ އާންމު ކަންކަމަކީ ކުށް މާނަކުރާ މާއްދާގައި، ނުވަތަ ކުށުގެ ދަރަޖަ ބަޔާންކުރާ މާއްދާގައި ނުވަތަ އަދަބު ކަނޑައެޅުމުގައި ރިއާޔަތް ކުރަންޖެހޭ ކަންކަމުގެ ތެރޭގައި ބެލެވިފައިވާ ކަންކަމަށްވާނަމަ، އަދަބު ކަނޑައެޅުމުގައި ރިއާޔަތް ކުރަންޖެހޭ އާންމު އުސޫލަށް އިތުރަށް ރިއާޔަތް ކުރަންވާނީ ހަމައެކަނި މަތީގައި ބަޔާންކުރެވުނު ކަންތައްތަކުގެ ތެރެއިން ރިއާޔަތް ނުކުރެވި ހުރި ކަންކަމަށް އެކަންޏެވެ.
ކުށް މާނަކުރުމުގައި، އެކުށެއްގައި ފުރިހަމަވާންޖެހޭނެކަމަށް ބަޔާންކޮށްފައިވާ މިންވަރަށްވުރެ،
ކުށުގެ ނިޔަތާގުޅޭ ރުކުންތައް އިތުރުވާނަމަ، އަދަބުގެ މިންވަރު މަތިވުން
1101 ވަނަ މާއްދާ - ކުށުގެ ނިޔަތާގުޅޭ ރުކުންތައް އިތުރުވާ ހާލަތްތަކުގައި އަދަބުގެ މިންވަރު މަތިވުން
ކުށްވެރިޔާގެ މައްޗަށް ސާބިތުވި ކުށް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށްވުރެ މަތީ މިންވަރަކަށް ކުށުގެ ނިޔަތާގުޅޭ ރުކުންތައް، މި ގާނޫނުގެ 24 ވަނަ މާއްދާ (ކުށުގެ ނިޔަތާގުޅޭ ރުކުންތައް) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ސާބިތުވެފައިވާނަމަ، މަތިވާ ކޮންމެ ރުކުނަކަށް، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ، އެއް ދަރަޖަ މަތިވާނެއެވެ.
ބޮޑު ގެއްލުމެއް ދިނުމުގެ ސަބަބުން އަދަބުގެ ދަރަޖަ މަތިވުން
1102 ވަނަ މާއްދާ - ބޮޑު ގެއްލުމެއް ދިނުމުގެ ސަބަބުން އަދަބުގެ ދަރަޖަ މަތިވުން
(ހ) ކުށްވެރިޔާ ކުރި ކުށަކީ:
- އަންނަނިވި އާންމު މަސްލަހަތަށް ގެއްލުންވާ ކަންކަމަށްވާނަމަ:
- އާންމު ހިދުމަތެއް ފޯރުކޮށްދޭ ވަސީލަތެއް، ނުވަތަ އާންމު މުއައްސަސާއެއްގެ ނުވަތަ އާންމު ހިދުމަތަކަށް އެކަށީގެންވާ ބޮޑު ހުރަހެއް އެޅުން ނުވަތަ ގެއްލުމެއް ދިނުން؛ ނުވަތަ
- އާންމު ހިދުމަތެއް ފޯރުކޮށް ދޭ ވަސީލަތަކާ މެދު، ނުވަތަ އާންމު މުއައްސަސާއަކާމެދު ނުވަތަ އާންމު ހިދުމަތަކާ މެދު އާންމުންގެ މެދުގައި އޮންނަ އިތުބާރު، އެކަށީގެންނުވާ މިންވަރަކަށް ގެއްލުވާލާފަދަ އަމަލެއް؛ ނުވަތަ
- ދައުލަތުގެ މުދަލަކަށް ގެއްލުމެއްދިނުން، ނުވަތަ ދައުލަތުގެ މުދަލަކުން ދައުލަތް މަހްރޫމްކުރުވުން ނުވަތަ ދައުލަތުގެ އޭޖެންޓަކަށް އަނިޔާކުރުން؛ ނުވަތަ
- ކުށްކުރި މީހާ އެކުށް ކުރީ، އަންނަނިވި ސަބަބުތަކުގެ ތެރެއިން ސަބަބަކާހުރެ، އެ ކުށުގެ އަމަލުގެ ސަބަބުން އަނިޔާއެއް ލިބުމުގެ ފުރުސަތު ބޮޑު މީހަކާމެދުނަމަ،
- ކުޑަކުއްޖަކު، ނުވަތަ އުމުރުން 65 އަހަރު ވެފައިވާ، ނުވަތަ މާއްދީ ނުވަތަ ފިކުރީ ހިއްސަކަށް އުނިކަން ލިބިފައިވާ، ނުވަތަ ކުށްވެރިޔާއަކީ ކުށުގެ އަމަލު ހިންގުނު މީހާގެ މަސްލަހަތަށްޓަކައި އަމަލު ކުރުމުގެ ގާނޫނީ ޒިންމާ އޮތް މީހަކުނަމަ، ނުވަތަ
- މަތީގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކަމެއް ނުވަތަ ކަންތައްތަކެއް މެދުވެރިވާ ހިނދު، ނުވަތަ
- ސަގާފީ ނުވަތަ ތިމާވެށީގެ ނުވަތަ ދީނީ ނުވަތަ ތާރީހީ ގޮތުން މުހިއްމުކަންދެވޭ ތަނެއް ނުވަތަ އެއްޗެއް ނުވަތަ މުދަލަކަށް ގެއްލުން ދިނުން؛ ނުވަތަ
- ކުށް މާނަކުރާ މާއްދާތަކުގައި އެކުށް ފުރިހަމަވުމަށް ބޭނުންވާ ގެއްލުމުގެ މިންވަރަށްވުރެ، އެކަށީގެންވާ ބޮޑު މިންވަރަކަށް އެކުށުގެ ސަބަބުން ގެއްލުންވެފައިވުން.
(ށ) މަތީގައި ބަޔާން ކުރި ނުކުތާ ތަކުގެ ތެރެއިން ނުކުތާއެއް ފުރިހަމަވާ ހިނދު މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށަށް ކަނޑައަޅަންޖެހޭ އަދަބުގެ މިންވަރު 1 ދަރަޖައަށް، އަދި 2 ނުކުތާ ފުރިހަމަވާ ހިނދު 2 ދަރަޖައަށް އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ މަތިވާނެއެވެ. އަދި އެކުށަކަށް ކަނޑައަޅަންޖެހޭ އަދަބުގެ މިންވަރު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ 3 ދަރަޖަ މަތި ކުރެވޭނެ ހަމައެކަނި ހާލަތަކީ ކުށް މާނަކުރާ މާއްދާގައި، އެކުށް ފުރިހަމަވުމަށް ބޭނުންވާ މިންވަރަށްވުރެ، އެކަށީގެންވާ ބޮޑު މިންވަރަކަށް އެކުށުގެ ސަބަބުން ގެއްލުންވެފައިވާނަމައެވެ.
(ނ) އަންނަނިވި ހާލަތްތަކުގައި، ވަކި ތަނަކީ ނުވަތަ އެއްޗަކީ، ނުވަތަ މުދަލަކީ ސަގާފީ ގޮތުން ނުވަތަ ތިމާވެށީގެ ގޮތުން ނުވަތަ ދީނީ ގޮތުން ނުވަތަ ތާރީހީ ގޮތުން ބަލާއިރު މުހިއްމުކަން ދެވޭ ތަނެއް ނުވަތަ އެއްޗެއް ނުވަތަ މުދަލެއްކަމުގައި ބެލެވޭނެއެވެ.
-
- އެއީ ހާއްސަ މުހިއްމުކަން ދެވޭ ތަނެއް، ނުވަތަ އެއްޗެއް، ނުވަތަ މުދަލެއްކަން އާންމު މީހަކަށްވެސް އެނގޭފަދަ ތަނެއް ނުވަތަ އެއްޗެއް ނުވަތަ މުދަލަކަށްވުން، ނުވަތަ
- އެކަން ކުށްވެރިޔާއަށް ސަރީހަކޮށް އެނގިގެންވުން، ނުވަތަ
- ސަރުކާރުން ނުވަތަ ބައިނަލްއަގްވާމީ ޖަމްއިއްޔާއަކުން އެތަނަކީ، ނުވަތަ އެ އެއްޗަކީ، ނުވަތަ މުދަލަކީ، އެފަދަ ހާއްސަ މުހިއްމުކަމެއް ދެވޭ ތަނެއްކަން ނުވަތަ އެއްޗެއްކަން ނުވަތަ މުދަލެއްކަން ގަބޫލުކޮށްފައިވުން.
ފަރުވާލެއްނެތް އަނިޔާވެރިކަމެއް ދެއްކުމުގެ ސަބަބުން ކުށުގެ އަދަބުގެ މިންވަރު މަތިވުން
1103 ވަނަ މާއްދާ - ފަރުވާލެއްނެތް އަނިޔާވެރިކަމެއް ދެއްކުމުން އަދަބުގެ މިންވަރު މަތިވުން
ކުށްވެރިޔާ، ކުށުގެ އަމަލު ހިންގީ ފަރުވާލެއްނެތް އަނިޔާވެރިކަމެއް ދެއްކުމާއެކުނަމަ ނުވަތަ އިންސާނެއްގެ ގަދަރާއި ކަރާމާތަށް ކަނޑައެޅިގެން ފަރުވާތެރިކަމެއް ބެހެއްޓުމަކާނުލާނަމަ، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑު އެއް ދަރަޖަ މަތިވާނެއެވެ.
ކުށެއްގެ ރެކޯޑަށް ބަލައި ކުށުގެ އަދަބުގެ މިންވަރު މަތިވުން ނުވަތަ ދަށްވުން
1104 ވަނަ މާއްދާ - ކުށުގެ ރެކޯޑެއް އޮތުމުން ކުށުގެ މިންވަރު މަތިވުން
(ހ) ކުށްވެރިޔާ ކުށް ކުރިއިރު؛
- އެ ކުށްކުރި ތާރީހުން ފެށިގެން ފާއިތުވި 6 (ހައެއް) އަހަރުދުވަހުގެ ތެރޭގައ އޭނާގެ މައްޗަށް ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާނަމަ، ނުވަތަ އެ ކުށްކުރި ތާރީހުން ފެށިގެން ފާއިތުވި 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި އޭނާގެ މައްޗަށް ޖުނަހްގެ ކުށެއް ސާބިތުވެފައިވާނަމަ، އެ ކުށަކަށް ކަނޑައަޅަންޖެހޭ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ 1 ދަރަޖަ މަތިވާނެއެވެ؛ ނުވަތަ (އިސްލާހު ކުރެވިފައި)
- އެ ކުށްކުރި ތާރީހުން ފެށިގެން ފާއިތުވި 6 (ހައެއް) އަހަރުދުވަހުގެ ތެރޭގައި އޭނާގެ މައްޗަށް ޖިނާޔަތުގެ އެއް ކުށަށްވުރެ ގިނަ ކުށް ސާބިތުވެފައިވާނަމަ، ނުވަތަ އެ ކުށްކުރި ތާރީހުން ފެށިގެން ފާއިތުވި 10 (ދިހައެއް) އަހަރު ދުވަހުގެ ތެރޭގައި ޖިނާޔަތުގެ އަނިޔާވެރި ކުށެއް ސާބިތުވެފައިވާނަމަ، އެ ކުށަކަށް ކަނޑައަޅަންޖެހޭ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ 2 ދަރަޖަ މަތިވާނެއެވެ؛ ނުވަތަ (އިސްލާހު ކުރެވިފައި)
- އެކުށް ކުރި ތާރީހުގެ ކުރިން ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި ޖިނާޔަތުގެ އަނިޔާވެރި 3 ކުށް ސާބިތުވެފައިވާނަމަ، އެ ކުށަކަށް ކަނޑައަޅަންޖެހޭ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށް ވުރެ 3 ދަރަޖަ މަތިވާނެއެވެ.
(ށ) އެއްބާވަތުގެ ކުށް ކޮށްފައިވާނަމަ ކުށުގެ މިންވަރު މަތިވުން
ކުށްވެރިޔާގެ މައްޗަށް ސާބިތުވި ކުށަކީ ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި އެ ބާވަތުގެ ކުށެއް އޭނާގެ މައްޗަށް ސާބިތުވި ދެވަނަ ފަހަރު ކަމަށްވާނަމަ އެ ކުށަށް ކަނޑައަޅަންޖެހޭ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ 1 ދަރަޖަ މަތިވާނެއެވެ.
(ނ) ދެކުށުގެ ދެމެދުވާ ވަގުތު ގުނުން
މި މާއްދާގެ ބޭނުމަށްޓަކައި ދެކުށުގެ ދެމެދުގައި ހޭދަވާ ވަގުތު ގުނުމުގައި، ކުށްވެރިޔާ އެހެން ކުށެއްގެ އަދަބު ތަންފީޒުކުރުމުގެ ގޮތުން ބަންދުކޮށްފައި ހުންނަ މުއްދަތު، ކޯޓުން ހިމަނައިގެން ނުވާނެއެވެ.
(ރ) އާދަޔާ ހިލާފު އަމަލުގެ ސަބަބުން ކުށުގެ ދަރަޖަ ދަށްވުން
ކުށްވެރިޔާ ކުށުގެ އަމަލު ހިންގީ:
- އެކުށް ކުރުމަށް އެކަށީގެންވާ ވަރަށް ތައްޔާރުވުމަކާ ނުލައި، ވަރަށް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ކަމަށްވެފައި،
- ކުށްވެރިޔާގެ އާންމު ސުލޫކާނުގުޅޭ އާދަޔާ ހިލާފު ހާލަތެއްގައިކަން ދޭހަކޮށްދޭ ވަގުތެއްގައި ކަމަށްވެފައި،
- ކުށްވެރިޔާއަކީ އެ ކުށް ކުރުމުގެ ކުރިން ގާނޫނާއި ގަވާއިދަށް ހުރުމަތްތެރިކޮށް ހިތަމުން އައި މީހެއްކަމަށްވާނަމަ، އޭނާގެ މައްޗަށް ދައުވާކުރެވިފައިވާ ކުށްތަކުގެ އަދަބުގެ ދަރަޖަ، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަޑަށްވުރެ 1 ނުވަތަ 2 ދަރަޖަ ދަށްކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ. މިގޮތުން އަދަބުގެ ދަރަޖަ ކޯޓުން ދަށް ކުރަންވާނީ އެއީ އިންސާފުވެރިގޮތް ކަމަށް ކޯޓަށް ފެންނަ ނަމައެވެ.
(ބ) ކުޑަކުއްޖަކު ކުރާ ކުށްތައް
ކުށްވެރިޔާގެ ކުށުގެ ރެކޯޑަށް ބެލުމުގައި އޭނާގެ އުމުރުން 18 އަހަރު ފުރުމުގެ ކުރިން ކޮށްފައިވާ ޖިނާޔަތުގެ ކުށްތައް ގުނަންވާނެއެވެ. ނަމަވެސް އުމުރުން 18 އަހަރު ފުރުމުގެ ކުރިން ކޮށްފައިވާ ޖުނަހްގެ ކުށްތައް ކޯޓުން ގުނައިގެން ނުވާނެއެވެ.
(ޅ) ކުރީގެ ގާނޫނުގެ ދަށުން ކޮށްފައިވާ ކުށްތައް
މި މާއްދާގެ ބޭނުމަށް، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ކޮށްފައިވާ ކުށްތަކަކީ ޖިނާޔަތުގެ ކުށެއްކަން ނުވަތަ ޖުނަހްގެ ކުށެއްކަން ކަނޑައަޅާނީ މި ގާނޫނުގެ 91 ވަނަ މާއްދާ (ދަރަޖަ ކޮށްފައިނުވާ ކުށްތައް) ގައިވާ ގޮތުގެމަތިންނެވެ.
އަނިޔާލިބުނު މީހާއަށް ބަދަލުދޭން އިންކާރުކުރުމުގެ ސަބަބުން އަދަބުގެ ދަރަޖަ މަތިވުން
1105 ވަނަ މާއްދާ - ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް އިންކާރުކުރުން
(ހ) ކުށްވެރިޔާ، އޭނާ ކުރާ ކުށްވެރި އަމަލެއްގެ ސަބަބުން މީހަކަށް ނުވަތަ ގާނޫނީ ށަހްސަކަށް ލިބޭ އެންމެހާ ގެއްލުމުގެ ބަދަލު ދޭންވާނެއެވެ. މިގޮތުގެމަތިން ކުށުގެ އަމަލުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް ކުށްވެރިޔާ އިންކާރު ކުރާނަމަ، ނުވަތަ ލިބުނު ގެއްލުމުގެ ބަދަލު އެކަށީގެންވާ މުއްދަތެއްގައި ދިނުމުގެ ގޮތުން ގާނޫނީ ގޮތުން ތަބާވާންޖެހޭ އެއްބަސްވުމެއްގައި ބައިވެރިވާން އިންކާރުކުރާނަމަ، ކޯޓަށް ފެންނަ އިންސާފުވެރި ގޮތެއްގެ މަތިން، އޭނާގެ މައްޗަށް ކަނޑައަޅާ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ 1 ނުވަތަ 2 ދަރަޖަ މަތިކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
(ށ) ބަދަލުދިނުން
މި މާއްދާގެ (ހ) ގެ ދަށުން ދޭ ބަދަލު ދިނުމަކީ ކުށްވެރިޔާގެ މާލީ އަދި އެހެނިހެން ފޯރުންތެރިކަން ހުރި މިންވަރަކުން ކުށްވެރިޔާގެ އަމަލުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ލިބިގަތުމަށާއި، ގެއްލުން ލިބުނު ފަރާތް މަހްރޫމްވެފައިވާ އެކިއެކި ފައިދާތަކާއި މަންފާތަކަށް އެކަށީގެންވާ ބަދަލު ދިނުމެވެ. މިގޮތުން ކުށްވެރިޔާ ލިބިދޭންޖެހޭ ބަދަލު އެންމެ ފުރިހަމަ ގޮތުގައި އެހިނދުން އެހިނދަށް ދިނުމުގެ ގާބިލިއްޔަތުކަން އޭނާއަށް ލިބިފައި ނުވިނަމަވެސް، އޭނާގެ ގާބިލިއްޔަތު ތަންދިން އެންމެ މަތީ ދަރަޖައަކަށް، ގެއްލުން ލިބުނު މީހާއަށް ލިބުނު ގެއްލުމުގެ ބަދަލު މުސްތަގްބަލުގައި ވިޔަސް ދޭންވާނެއެވެ.
(ނ) ގެއްލުން ލިބުނު މީހާގެ ހައްގުތައް
ކުށުގެ އަމަލު ގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ކަނޑައެޅުމުގައި ގެއްލުން ލިބުނު މީހާއަށް ބައިވެރިވެވިދާނެއެވެ. ނަމަވެސް ލިބުނު ގެއްލުމުގެ ބަދަލަށް ވުރެ އިތުރު ބަދަލެއް ނުވަތަ އެއްޗެއް ލިބިގަތުމަށް އެދުމުގެ ހައްގެއް އެފަރާތަކަށް ލިބިގެނެއް ނުވެއެވެ. ގެއްލުން ލިބުނު މީހާއަކީ ތަސައްރުފު ފުދޭ މީހަކަށް ވެފައި އެ ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން ކުށްވެރިޔާ ހުށަހަޅާ ބަދަލަކީ ގެއްލުން ލިބުނު މީހާ ގަބޫލުކުރާ ބަދަލެއް ކަމަށްވާނަމަ އެއީ ސައްހަ ބަދަލެއް ކަމަށް ކޯޓުން ބަލަން ވާނެއެވެ. ލިބުނު ގެއްލުމުގެ ބަދަލާމެދު ކުށްވެރިޔާ އާއި ގެއްލުން ލިބުނު މީހާ ދެބަސްވާ ހާލަތްތަކުގައި ބަދަލާމެދު ގޮތެއް ނިންމާނީ ކޯޓުން ނެވެ.
(ރ) ގެއްލުމުގެ ބަދަލަކީ އަދަބެއްނޫނެވެ. ގެއްލުމުގެ ބަދަލު ދިނުމުގެ ގޮތުން ދައްކާ ފައިސާއަކީ، މި ގާނޫނުގެ 93 ވަނަ މާއްދާ (ހުއްދަކުރެވިފައިވާ ޖޫރިމަނާގެ
އަދަދުތައް) ގައި ބުނާ ޖޫރިމަނާއެއްކަމަށް، ނުވަތަ މި ގާނޫނުގެ 1005 ވަނަ މާއްދާއާއި 1202 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަބްދީލީ އަދަބެއްކަމަކަށް ނުބެލެވޭނެއެވެ.
ކުށްވެރިޔާ ކުށާމެދު ދެރަވާކަން އާންމުންގެ ތެރޭގައި ފާޅުކުރުމުގެ ސަބަބުން އަދަބުގެ ދަރަޖަ ދަށްވުން
1106 ވަނަ މާއްދާ - ކުށާމެދު ދެރަވުން
(ހ) ކުށްވެރިޔާގެ މައްޗަށް ދައުވާ ކުރުމުގެ ކުރިން، އޭނާ ކުޅަ ކުށާމެދު ހިތުގެ އަޑިން ދެރަވާކަން އާންމުކޮށް ފާޅުކޮށްފިނަމަ، އޭނާގެ މައްޗަށް ކަނޑައަޅަންޖެހޭ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ 2 ދަރަޖަ ދަށްވާނެއެވެ. މި މާއްދާގައިވާ ގޮތުގެމަތިން އަދަބުގެ މިންވަރު ދަށްކުރެވޭނީ، އޭނާގެ މައްޗަށް ދައުވާ ކުރުމުގެ ކުރިން އެކުށެއް ކުރިކަމަށްބުނެ، އޭނާ ކުށަށް އިއްތިރާފްވާ ހާލަތްތަކުގައެވެ.
(ށ) ކުށަށް އިއްތިރާފްވުން
ކުށްވެރިޔާގެ މައްޗަށް ދައުވާ ކުރެވިފައި ވީނަމަވެސް އެ މައްސަލައިގެ ށަރީއަތް ނުފެށޭހާހިނދަކު، ކުށްވެރިޔާ އެ ކުރި ކުށަށް އިއްތިރާފްވެއްޖެނަމަ، އޭނާގެ މައްޗަށް ކަނޑައަޅަންޖެހޭ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ 1 ދަރަޖަ ދަށްވާނެއެވެ.
ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް، އެކަށީގެންވާ މިންވަރަކަށް އެއްބާރުލުން ދިނުމުގެ ސަބަބުން އަދަބުގެ މިންވަރު ދަށްވުން
1107 ވަނަ މާއްދާ - އެއްބާރުލުން ދިނުން
(ހ) ކުށްވެރިޔާ، ކުށެއް ކުރުމަށްފަހު، އެކުށް ކުރުމުގައި އޭނާއާ ބައިވެރިވި މީހުން ހިފާ ހައްޔަރުކޮށް، އެ މީހުންގެ މައްޗަށް ދައުވާ ކުރުމުގައި ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް އެކަށީގެންވާ މިންވަރަށް އެއްބާރުލުން ދީފައިވާނަމަ، އެ ކުށަކަށް އޭނާގެ މައްޗަށް ކަނޑައަޅަންޖެހޭ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ 1 ނުވަތަ 2 ނުވަތަ 3 ދަރަޖަ ދަށް އަދަބެއް ކަނޑައަޅައި ދިނުމަށް އެދި، ދައުލަތުން ކޯޓުގައި ދެންނެވިދާނެއެވެ.
(ށ) ދައުލަތުގެ އިހްތިޔާރީ ބާރު
މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އަދަބުގެ މިންވަރު ދަށްކޮށްދިނުމަށް ދައުލަތުން ހުށަހެޅުމުން، އެ ހުށަހެޅުމާ އެއްގޮތަށް ކޯޓުން އަމަލު ކުރަންވާނެއެވެ. އަދި އަދަބުގެ މިންވަރު ދަށްކޮށްދިނުމަށް ދައުލަތުން ނޭދޭހާހިނދަކު، ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް އެކަށީގެންވާ މިންވަރަކަށް އެއްބާރުލުން ދީފައިވާކަމަށް ބަލައި، އަދަބުގެ ދަރަޖަ ކޯޓުން ދަށްކޮށްގެން ނުވާނެއެވެ.
މުޅިން ފުރިހަމަނުވާ ދިފާއެއް އޮތުމުގެ ސަބަބުން އަދަބުގެ މިންވަރު ދަށްވުން
1108 ވަނަ މާއްދާ - ފުރިހަމަނުވާ ދިފާއެއްގެ ސަބަބުން އަދަބުގެ މިންވަރު ދަށްވުން
ކުށްވެރިޔާ، ކުށުގެ އަމަލު ހިންގީ، އޭނާއަށް މި ގާނޫނުގެ 40 ވަނަ ބާބު (ހުއްދަ ކުރެވިގެންވާ ދިފާއު) ގައި ބަޔާންކޮށްފައިވާ ހުއްދަ ކުރެވިފައިވާ ދިފާއެއް އޮތްކަމަށް ގަބޫލުކުރެވިގެން ކަމަށްވާނަމަ، އޭނާގެ މައްޗަށް ކަނޑައަޅަންޖެހޭ އަދަބު، އަންނަނިވި ގޮތުގެމަތިން، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ ދަށްވާނެއެވެ.
(ހ) އެއްދަރަޖަ، ނުވަތަ
(ށ) ކުށްވެރިޔާ ކުޅަ ކުށުގެ އަމަލާއި، ކުށުގެ ބާވަތާއި، އެކުށް ކުރި ހާލަތަށް ރިއާޔަތްކުރާއިރު، ހުއްދަ ކުރެވިފައިވާ ދިފާއުގެ ހާލަތެއް ފުރިހަމަވުމާ ކައިރިވެފައިވާނަމަ، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ 2 ދަރަޖަ.
މުޅިން ފުރިހަމަނުވާ މައާފު ލިބެނިވި ދިފާއެއް އޮތުމުގެ ސަބަބުން އަދަބުގެ ދަރަޖަ ދަށްވުން
1109 ވަނަ މާއްދާ - ފުރިހަމަނުވާ މައާފު ލިބެނިވި ދިފާއެއްގެ ސަބަބުން އަދަބުގެ މިންވަރު ދަށްވުން
ކުށްވެރިޔާ ކުށުގެ އަމަލު ހިންގިއިރު، މި ގާނޫނުގެ 50 ވަނަ ބާބު (މައާފު ލިބެނިވި ދިފާއު) ގައި ބަޔާންކުރާ މައާފު ލިބެނިވި ދިފާއެއް ފުރިހަމަވުމަށް ބޭނުންވާ ށަރުތުތަކުގެ ތެރެއިން އެކަށީގެންވާ ގިނަ ށަރުތުތަކެއް ފުރިހަވެފައިވާނަމަ، އޭނާގެ މައްޗަށް ކަނޑައަޅަންޖެހޭ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ އަންނަނިވި މިންވަރަށް ދަށްވާނެއެވެ.
(ހ) އެއް ދަރަޖަ، ނުވަތަ
(ށ) ކުށްވެރިޔާ ކުރި ކުށުގެ އަމަލާއި، ކުށުގެ ބާވަތާއި، ކުށްކުރި ހާލަތަށް ރިއާޔަތްކުރާއިރު، މައާފު ލިބެނިވި ދިފާއެއް ފުރިހަމަވުމާ ކައިރިވެފައިވާނަމަ، 2 ދަރަޖަ.
ސިކުނޑިއަށް ނުވަތަ ޖަޒްބާތަށް އިންތިހާއަށް އަސަރުކޮށްފައިވުމުގެ ސަބަބުން އަދަބުގެ ދަރަޖަ ދަށްވުން
1110 ވަނަ މާއްދާ - ސިކުނޑިއަށް ނުވަތަ ޖަޒްބާތަށް ކުރާ އަސަރަކާ ގުޅިގެން އަދަބުގެ މިންވަރު ދަށްވުން
(ހ) ކުށްވެރިޔާ، ކުށުގެ އަމަލު ކުރީ އަންނަނިވި ހާލަތްތަކުގައި ކަމަށްވާނަމަ، އޭނާގެ މައްޗަށް ކަނޑައަޅަންޖެހޭ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މިންވަރަށް ދަށްވާނެއެވެ.
- އޭނާގެ ސިކުނޑިއަށް ނުވަތަ ޖަޒުބާތަށް އިންތިހާއަށް އަސަރުކޮށްފައިވާ ދަނޑިވަޅެއްގައި، އެކަމުގެ ނުފޫޒުގައި ހުރެކަމަށްވުން،
- އެކުރި އަމަލަށް އެކަށީގެންވާ ސަބަބެއް އޮތުމާއި، އެ ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން އެ އަމަލު ކުރިމީހާ ހުރިކަމަށް ގަބޫލުކުރެވޭ ހާލަތުގައި ހުންނަ އެހެން މީހެއްގެ ނަޒަރުން ކަނޑައެޅިގެން ދިއުން.
(ށ)
- އެއް ދަރަޖަ، ނުވަތަ
- އޭނާއަށް ކުރެވޭ ނުކުރެވޭކަންކަން ނޭނގޭ މިންވަރަށް ނުވަތަ އޭނާގެ އަމަލުތައް ކޮންޓްރޯލް ނުކުރެވޭ މިންވަރަށް ކުށްވެރިޔާގެ ސިކުނޑިއަށް ނުވަތަ ޖަޒްބާތަށް އަސަރުކޮށްފައިވާނަމަ، 2 ދަރަޖަ.
1200 ވަނަ ބާބު
އަދަބު ކަނޑައެޅުމުގެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމުގެ ހުދޫދު
1200 ވަނަ މާއްދާ - އަދަބުގެ ދަރަޖަ މަތިވުމާއި ދަށްވުން
1201 ވަނަ މާއްދާ - އަދަބެއްގެ ގޮތުން ޖަލަށްލުން
1202 ވަނަ މާއްދާ - ޖަލަށްލުން ފިޔަވައި ދެވޭ އެހެނިހެން އަދަބުތައް
1203 ވަނަ މާއްދާ - ޖަލަށްލުން ފިޔަވައި ދެވޭ އެހެނިހެން އަދަބުތަކުގެ ށަރުތުތަކާ އެއްގޮތަށް އަމަލުނުކުރުން
1204 ވަނަ މާއްދާ - މަރުގެ އަދަބު
1205 ވަނަ މާއްދާ - ހައްދުގެ ކުށްތައް
އަދަބުގެ ދަރަޖަ މަތިވުމާއި ދަށްވުން
1200 ވަނަ މާއްދާ - އަދަބުގެ ދަރަޖަ މަތިވުމާއި ދަށްވުން
(ހ) އަދަބުގެ ދަރަޖަ މަތިވުމާއި ދަށްވުން
ކުށުގެ އަދަބުގެ މިންވަރު މަތިކުރާ ނުކުތާތައް ކިތަންމެ ގިނަކަމުގައިވިޔަސް، މި ގާނޫނުގެ 92 ވަނަ މާއްދާއާއި 93 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ ބޮޑު އަދަބެއް ކަނޑައެޅުމުގެ އިހްތިޔާރު، ކޯޓަށް ލިބިގެނެއްނުވެއެވެ.
(ށ) ކުށުގެ އަދަބުގެ މިންވަރު ދަށްކުރާ ނުކުތާތައް ކިތަންމެ ގިނަކަމުގައިވިޔަސް، އެކުށަކަށް އަދަބު ކަނޑަނޭޅުމުގެ، ނުވަތަ އެއްވެސް މާނައެއްނެތް އަދަބެއް ކަނޑައެޅުމުގެ އިހްތިޔާރު، ކޯޓަށް ލިބިގެނެއްނުވެއެވެ.
އަދަބެއްގެ ގޮތުން ޖަލަށްލުން
1201 ވަނަ މާއްދާ - އަދަބެއްގެ ގޮތުން ޖަލަށްލުން
(ހ) ޖަލަށްލުން
އަންނަނިވި ހާލަތްތަކުގައި އަސާސީ އަދަބަކީ ޖަލަށްލުމެވެ. ނަމަވެސް އެހާލަތްތަކުގައި ކަނޑައެޅޭ ހަމައެކަނި އަދަބަކީ ޖަލަށްލުން ކަމަށްވާކަށް ނުޖެހެއެވެ.
- މުޖްތަމައުގެ ރައްކަލަކަށްޓަކައި ކުށްވެރިޔާ މުޖްތަމައުން އެކަހެރިކޮށްފައި ބަންދުކުރުމުގެ ބޭނުންތެރިވުން؛
- ކުށްވެރިޔާ ކުރި ކުށުގެ އަމަލަކީ މުޖްތަމައު ކުށްވެރިކުރާ ނުރައްކާތެރި އަމަލެއްކަމަށް ދެއްކުމަށްޓަކައި ކުށްވެރިޔާ އެކަހެރިކޮށް ބަންދުކުރުން ކޮންމެހެން ބޭނުންތެރިވުން، ނުވަތަ
- ކުށްވެރިޔާގެ ހާލަތަށާއި، އޭނާ ކުޅަ ކުށުގެ އަމަލަށް ބަލާއިރު، އެކަހެރިކޮށް ބަންދުކުރުން ފިޔަވައި އެކަށީގެންވާ އެހެން އަދަބެއް ނެތުން.
(ށ) ބޮޑެތި ކުށްތަކުގެ އަދަބެއްގެ ގޮތުން ޖަލަށްލެވޭ އެންމެ ކުޑަ މުއްދަތު
ކުށްވެރިޔާ ކުރި ކުށަކީ ޖިނާޔަތުގެ 1 ވަނަ ނުވަތަ 2 ވަނަ ދަރަޖައިގެ ކުށެއްނަމަ، ނުވަތަ މި ގާނޫނުގެ 110 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން ޖިނާޔަތުގެ ކުށެއްނަމަ، ކަނޑައެޅޭނެ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލުގެ ދަށުން އެކުށަކަށް ކަނޑައަޅަންޖެހޭ އަދަބުގެ މަދުވެގެން ހަތަރުބައި ކުޅަ އެއްބައި ވާންވާނީ ޖަލަށްލުމުގެ އަދަބަށެވެ.
ޖަލަށްލުން ފިޔަވައި ދެވޭ އެހެނިހެން އަދަބުތައް
1202 ވަނަ މާއްދާ - ޖަލަށްލުން ފިޔަވައި ދެވޭ އެހެނިހެން އަދަބުތައް
(ހ) އާންމު އުސޫލު
ކުށްވެރިޔާ ކުރި ކުށުގެ އަދަބެއްގެ ގޮތުން ޖަލަށްލުން ފިޔަވާ އެހެން އަދަބެއް ކަނޑައެޅުމާއި، އެގޮތުން ކަނޑައަޅާ އަދަބުގެ މިންވަރު ބެލުމުގައި، ކުށްވެރިޔާ ކުށް ކުރި ހާލަތަށާއި ކުށްވެރިޔާގެ ޒާތީ ހާއްސިއްޔަތުތަކަށާއި، މުޖްތަމައުގެ ބޭނުންތަކަށާއި، އަދަބު ކަނޑައެޅުމުގައި ބަލަންޖެހޭ އެހެނިހެން ކަންކަން ކޯޓުން ބަލައި، އެކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.
(ށ) ގޭގައި ބަންދުކުރުން
ކުށްވެރިޔާގެ މައްޗަށް ކަނޑައެޅޭ އަދަބުގެ ބައެއް، ގޭގައި ބަންދުކޮށްގެން އެކަށީގެންވާ ގޮތެއްގައި ފުރިހަމަ ކުރެވޭނެކަމަށް އަންނަނިވި ހާލަތުތަކުގައި ބެލޭނެއެވެ.
- ކުށްވެރިޔާއަކީ މުޖްތަމައަށް ނުރައްކާތެރި މީހެއްކަމަށް ނުވުން، އަދި
-
- ގޭގައި ހުރެގެން އޭނާގެ އާއިލާއަށް ބޭނުންތެރި މިންވަރަކަށް އެހީތެރިކަން ފޯރުކޮށްދެވުން، ނުވަތަ
- ކުށްވެރިޔާއަށް ބޭނުންވާ ވަކި ހާއްސަ ކަންތައްތަކެއް އޭނާގެ ގޭގައި ކުރެވެންހުރުން.
-
މުއްދަތު
ކުދި ކުދި ކުށްތަކުގެ އަދަބެއްގެ ގޮތުން ހަމައެކަނި ގޭގައި ބަންދު ކުރުން އެއީ ރަނގަޅު އަދަބު ކަމަށް ބެލިދާނެއެވެ. އަދި ބައެއް ހާލަތްތަކުގައި ކަނޑައެޅޭ އަދަބުގެ ބައެއްގެ ގޮތުގައިވެސް ގޭގައި ބަންދުކުރުން ހިމެނިދާނެއެވެ. އަދި ކުށްވެރިޔާ އެނބުރި މުޖްތަމައަށް އައުން ފަސޭހަ ކުރުމަށްޓަކައި، ޖަލަށްލުމުގެ އަދަބަށްފަހު އަދަބުގެ ބައެއްގެ ގޮތުގައި ގޭގައި ބަންދުކުރުމަށް އަދަބު ކަނޑައެޅިދާނެއެވެ.
(ނ) މުޖްތަމައަށް ހިދުމަތްކުރުން
ކުށްވެރިޔާގެ މައްޗަށް މުޖްތަމައަށް ހިދުމަތްކުރުމަށް ކަނޑައެޅޭ އަދަބަކީ އެންމެ އެކަށީގެންވާ އަދަބުކަމަށް އަންނަނިވި ހާލަތްތަކުގައި ބެލޭނެއެވެ.
- ކުށްވެރިޔާގައި މުޖްތަމައަށް ފައިދާކުރާނެ ވަކި ހާއްސަ ބާވަތެއްގެ ހިދުމަތެއް ފޯރުކޮށްދެވޭނެ ހުނަރު ހުރުން، ނުވަތަ
- މުޖްތަމައަށް ބޭނުންވާ ވަކި ހާއްސަ ބާވަތެއްގެ ހިދުމަތެއް ފޯރުކޮށްދިނުމުގެ ގާބިލުކަން ކުށްވެރިޔާއަށް ލިބިފައިވުން، ނުވަތަ
- އަދަބެއްގެ ގޮތުން ކުށްވެރިޔާ މުޖްތަމައަށް ކޮށްދޭންޖެހޭ ހިދުމަތަކީ، އޭނާ ކުރި ކުށުގެ އަމަލުގެ ސަބަބުން ލިބުނު ގެއްލުން ރަނގަޅުކުރުމަށް ނުވަތަ އެގެއްލުމުން ސަލާމަތްވުމަށް ބާރުއަޅާ ހިދުމަތަކަށްވުން.
-
މުއްދަތު
މުޖްތަމައަށް ހިދުމަތްކުރުމުގެ އަދަބަކީ އާންމު ގޮތެއްގައި ގިނަ ކުށްތަކަށް ކަނޑައެޅޭ އަދަބުގެ ބައެއްގެ ގޮތުގައި ހިމެނުމަށް އެކަށީގެންވާ އަދަބެކެވެ. އެހެން ނަމަވެސް މުޖްތަމައަށް ހިދުމަތްކުރުމުގެ އަދަބަކީ އާންމުގޮތެއްގައި އެންމެ ކުޑަ ކުށްތަކަށް މެނުވީ ކަނޑައެޅޭ ހަމައެކަނި އަދަބު ކަމަށް ވެގެންނުވާނެއެވެ.
(ރ) ޖޫރިމަނާ
- ޖޫރިމަނާކުރުމުގެ އަދަބު ކަނޑައަޅަންވާނީ އެ ޖޫރިމަނާ ދެއްކޭނެ ވަސީލަތްތައް ލިބިފައިވާ ފަރާތްތަކުގެ މައްޗަށް އެކަންޏެވެ.
-
ޖޫރިމަނާގެ އަދަދު ކަނޑައެޅުން
ޖޫރިމަނާ ކުރުމުގެ އަދަބު، އާންމުގޮތެއްގައި ވާންވާނީ އެހެން ބާވަތްތަކުގެ އަދަބުތަކާއެކު ކަނޑައެޅޭ އިތުރު އަދަބަކަށެވެ. ޖޫރިމަނާ ކުރުމުގެ އަދަބަކީ މުއްސަނދި ކުށްވެރިންގެ މައްޗަށް ކަނޑައެޅެން އޮންނަ އަދަބުތަކަށް ފައިސާއިން އަގު ދެއްކުމަށްފަހު ކުށުގެ ހަގީގީ އަދަބުން އެމީހުން ސަލާމަތްވުމަށް އޮތް މަގެއްކަމަށް ނުވަތަ އެފަދަ މަގެއްކަމަށް ގަބޫލުކުރެވޭ އަދަބެއްކަމަށް ވެގެންނުވާނެއެވެ.
(ޅ) އުޅޭނޫޅޭގޮތް ގާތުން ބެލުން
- އުޅޭނޫޅޭގޮތް ގާތުން ބެލުމުގެ އަދަބު ކުށްވެރިއަކަށް ކަނޑައެޅޭނީ، އެ ކުށްވެރިއަކީ، އޭނާ އުޅޭނޫޅޭގޮތް ގާތުން ބެލުމަށް ކަނޑައެޅޭ މުއްދަތުގައި އޭނާ އަމަލުކުރަންޖެހޭ ތަފާތު ގަވާއިދުތަކަށާއި އުސޫލުތަކަށް ފުރިހަމައަށް ކިޔަމަންތެރިވާނެ، ޒިންމާދާރު މީހެއްކަމަށް ވާނަމައެވެ.
-
މުއްދަތު
އުޅޭނޫޅޭގޮތް ގާތުން ބެލުމަށް ކަނޑައެޅޭ މުއްދަތަކީ، އެ ކުށެއްގެ ނިސްބަތުން ކަނޑައަޅާ އެކަށީގެންވާ މުއްދަތެކެވެ. ހާއްސަކޮށް ފަރުވާގެ ޕްރޮގްރާމަކަށްފަހު އެ ޕްރޮގްރާމްގެ ސަބަބުން ކުށްވެރިޔާއަށް ކޮށްފައިވާ އެދެވޭ އަސަރު ދެނެގަތުމަށްޓަކައެވެ.
(ކ) ފަރުވާގެ ޕްރޮގްރާމް
- ކުށްވެރިޔާގެ ރުހުމަކާ ނުލައި ފަރުވާ ލިބިގަތުމަށް އަމުރު ކުރުން، އެއީ އެކަށީގެންވާ ކަމެއްކަމުގައި ބެލެވޭނީ އެ ފަރުވާ ލިބިގަތުމުން ކުށްވެރިޔާ ކުށަށް އަރައިގަތުމުން ދުރުކުރެވިދާނެ ކަމަށް ފެންނަ ނަމައެވެ.
-
މުއްދަތު
ރުވާގެ ޕްރޮގްރާމެއްގައި ބައިވެރިކުރުމަށް އަމުރު ކުރަންވާނީ ފަރުވާގެ ޕްރޮގްރާމްގެ މުއްދަތަކީ އެޕްރޮގްރާމްގެ މަގްސަދު ހާސިލުވުމަށް އެކަށީގެންވާ މުއްދަތަކަށްވާނަމައެވެ. ފަރުވާގެ ޕްރޮގްރާމަށް ބޭނުންވާނެ މުއްދަތާބެހޭގޮތުން އެކަމާބެހޭ މާހިރުންނާ ކޯޓުން މަށްވަރާކުރަންވާނެއެވެ. ފަރުވާގެ ޕްރޮގްރާމްގައި ކުށްވެރިއަކު އާންމުކޮށް ބައިވެރިކުރަންވާނީ، ޖަލަށްލުމުގެ އަދަބުގެ މުއްދަތުގައި ނުވަތަ ޖަލަށްލުމުގެ އަދަބުގެ ފަހުންނެވެ. ޖަލަށްލުމުގެ އަދަބުގެ ކުރިއަކުންނެއްނޫނެވެ. ހާއްސަކޮށް ފަރުވާގެ ޕްރޮގްރާމަކަށްފަހު އެ ޕްރޮގްރާމްގެ ސަބަބުން ކުށްވެރިޔާއަށް ކޮށްފައިވާ އެދެވޭ އަސަރު ދެނެގަތުމަށްޓަކައި ޓެސްޓު ކުރަން ޖެހޭ ހާލަތްތަކުގައާއި، ފަރުވާގެ ޕްރޮގްރާމާ ވިދިގެން ގޭގައި ބަންދުކުރުމާއި ކުށްވެރިޔާ އުޅޭނޫޅޭގޮތް ގާތުން ބެލުމަށް ދޫކޮށްފައި ބެހެއްޓުމަށް ހުކުމް ކުރެވިދާނެއެވެ.
(އ) ޕްރޮބޭށަން
- ޕްރޮބޭށަންގައި ބެހެއްޓުމަށް ކަނޑައަޅާ އަދަބަކީ ކުށްވެރިޔާ އުޅޭނޫޅޭގޮތް ގާތުން ބެލުމަށް ކަނޑައަޅާ އަދަބާ ވިދިގެން ކަނޑައެޅުން ރަނގަޅު އަދަބެކެވެ. އަދި ޕްރޮބޭށަންގައި ބެހެއްޓުމަށް، ކުށްވެރިޔާ އުޅޭނޫޅޭގޮތް ގާތުން ބެލުމުގެ މަރްހަލާގައި ކުށްވެރިޔާގެ އުޅުން ރަނގަޅުކުރުމަށް ހިންގޭ ޕްރޮގްރާމްތަކުގައި އެކަށީގެންވާ މިންވަރަކަށް އެއްބާރުލުން ދިނުން ށަރުތުކުރެވިދާނެއެވެ. އިތުރު ކުށުގެ އަމަލު ކުރުމުން ކުށްވެރިޔާ ދުރުހެލިކުރުމަށް އޭނާގެ މިނިވަންކަމަށް ކުޑަ ހިފެހެއްޓުމެއް ގެނައުމުން ފުދޭ ހާލަތްތަކުގައި ޕްރޮބޭށަންގައި ބެހެއްޓުމަކީ އެކަށީގެންވާ އަދަބެކެވެ.
- މުއްދަތު
އާންމުގޮތެއްގައި ކޯޓުން ކުށްވެރިޔާ ޕްރޮބޭށަންގައި ބެހެއްޓުމަށް ކަނޑައަޅާ އަދަބަކީ، އޭނާ ކުޅަ ކުށަށް ކަނޑައެޅޭ އަސާސީ އަދަބުކަމުގައި ވެގެންނުވާނެއެވެ.
ޖަލަށްލުން ފިޔަވައި ދެވޭ އެހެނިހެން އަދަބުތަކުގެ ށަރުތުތަކާ އެއްގޮތަށް އަމަލުނުކުރުން
1203 ވަނަ މާއްދާ - ޖަލަށްލުން ފިޔަވައި ދެވޭ އެހެނިހެން އަދަބުތަކުގެ ށަރުތުތަކާ އެއްގޮތަށް އަމަލުނުކުރުން
(ހ) ށަރުތުތަކާ އެއްގޮތަށް އަމަލުނުކުރުމުގެ ނަތީޖާ
ޖަލަށްލުން ފިޔަވާ ކަނޑައެޅޭ އެހެނިހެން އަދަބުތަކުގެ ށަރުތުތަކާ އެއްގޮތަށް ކުށްވެރިޔާ އަމަލުނުކޮށްފިނަމަ، ކުށްވެރިޔާގެ މައްޗަށް ޖަލަށްލުން ފިޔަވާ ކަނޑައެޅޭ އެހެނިހެން އަދަބު ކަނޑަނޭޅިނަމަ އޭނާގެ މައްޗަށް ކަނޑައަޅަންޖެހޭ ޖަލަށްލުމުގެ އަދަބު، ވަގުތުން ތަންފީޒުކުރުމަށް ކޯޓުން އެންގިދާނެވެ.
(ށ) ޖަލަށްލުން ފިޔަވާ ކަނޑައެޅޭ އެހެނިހެން އަދަބުގެ ށަރުތުތަކާ އެއްގޮތަށް އަމަލުނުކުރިކަން ކަނޑައެޅުން
ކުށްވެރިޔާގެ މައްޗަށް ކަނޑައެޅިފައިވާ ޖަލަށްލުން ފިޔަވާ ކަނޑައެޅޭ އެހެނިހެން އަދަބުގެ ށަރުތުތަކާ އެއްގޮތަށް އަމަލުކޮށްފައިނުވާކަން ސާބިތުކުރުމަށް، ދައުލަތުގެ ފަރާތުން ށަރީއަތުގެ މަޖިލީހަށް ސާފު ހެކި ހުށަހަޅައިފިނަމަ، އެށަރުތުތަކާ އެއްގޮތަށް އަމަލުކުރިކަން ސާބިތުކޮށްދިނުމަކީ ކުށްވެރިޔާގެ ޒިންމާއެކެވެ. މިގޮތުން ބަންދު ފިޔަވާ ކަނޑައެޅޭ އެހެނިހެން އަދަބުގެ ށަރުތުތަކާ އެއްގޮތަށް އަމަލުކުރިކަން ކުށްވެރިޔާއަށް ސާބިތުކޮށް ނުދެވިއްޖެނަމަ، މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކުށްވެރިޔާގެ މައްޗަށް އަލުން އަދަބު ކަނޑައެޅުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
މަރުގެ އަދަބު
1204 ވަނަ މާއްދާ - މަރުގެ އަދަބު
(ހ) ސާބިތުވާންޖެހޭ މިންވަރު
މީހެއްގެ މައްޗަށް މަރުގެ ހުކުމް ކުރުމަށްޓަކައި، ދައުލަތުން ކުށުގެ އެންމެހައި ރުކުންތައް ސާބިތުކޮށްދޭންވާނެއެވެ. އަދި އެމީހަކު އެކުރި ކުށަކީ އެހެން އެއްވެސް ކުށަކަށް ވުރެ ބޮޑު ކުށެއް ކަމާއި، އަދި އެ ކުށް ކުރުމުގެ ނިޔަތް އެމީހެއްގެ އޮތްކަން އަމަލީގޮތުން ޔަގީންކުރެވޭ މިންވަރަށް ދައުލަތުން ސާބިތުކޮށްދޭންވާނެއެވެ.
(ށ) އިއްތިރާފް
އަދަބެއްގެ ގޮތުގައި މީހެއްގެ މައްޗަށް މަރުގެ ހުކުމް އައިސްފާނެފަދަ ކުށަކަށްވާ އިއްތިރާފަކީ، ހުޅުވާލެވިގެންވާ ކޯޓެއްގައި އަދި ވަކީލެއްގެ އެހީތެރިކަން ލިބިހުރެ އެމީހަކު އެކުށުގެ އެންމެހާ ރުކުންތަކަށް އަމިއްލަ އިހްތިޔާރުގައިވެފައިވާ އިއްތިރާފަކަށް ނުވާހާހިނދަކު، އެމީހެއްގެ މައްޗަށް މަރުގެ އަދަބު ދިނުމުގެ ބޭނުމުގައި، އެފަދަ ކުށެއް ސާބިތުކުރުމަށް ހަމައެކަނި އޭނާވެފައިވާ އިއްތިރާފް ހެއްކެއްގެ ގޮތުގައި ދައުލަތުން ބޭނުންކޮށްގެން ނުވާނެއެވެ.
(ނ) ހެކީގެ މިންވަރު
- މި މާއްދާގެ (ހ) ގައިވާ މިންވަރަށް ކުށް ސާބިތުކުރުމަށްޓަކައި ހުށަހަޅާ ކޮންމެ ހެއްކަކީވެސް، ސަލާމަތް ބުއްދި ހުރި އަދި އަދުލުވެރި މީހެއްކަން ކަނޑައަޅަންވާނެއެވެ.
- ބާތިލު ކުރެވިފައި (މި ނަންބަރު ވަނީ ސްޕރީމްކޯޓުގެ ނަންބަރު 2016/އެސްސީ-އޭ/19 ގަޒިއްޔާއިން ބަތިކޮށްފައެވެ)
(ރ) ހުކުމް އަމިއްލަ ޒާތުގައި އިސްތިއުނާފު ކުރެވުން
ކުށުގެ އަދަބެއްގެ ގޮތުން ކުށްވެރިޔާ މެރުމަށް ކޯޓުން ހުކުމް ކޮށްފިނަމަ، އެހުކުމްގެ ހުރިހާ ގާނޫނީ ނުކުތާތަކާއި މައްސަލައިގައި ކަން ހިނގާފައިވާގޮތް ދިވެހިރާއްޖޭގެ މަތީ މަރުހަލާގެ ކޯޓުތަކުން އަލުން ބަލަންވާނެއެވެ.
ހައްދުގެ ކުށްތައް
1205 ވަނަ މާއްދާ - ގުރުއާނުގައި އުގޫބާތް ކަނޑައެޅިފައިވާ ކުށްތައް
ގުރުއާނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް، އިސްލާމީ ށަރީއަތުގައި ކުށް ސާބިތުވުމަށް އޮތް މިންގަނޑުކަމުގައިވާ އެއްވެސް ށުބުހާއެއް ނެތް މިންވަރަށް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، އެމީހަކަށް މި ގާނޫނުގައިވާ ގޮތުގެމަތިން، ފަނޑިޔާރު ހައްދުގެ އަދަބު ކަނޑައަޅަންވާނެއެވެ. (އިސްލާހު ކުރެވިފައި)
މި ގާނޫނަށް ގެނެވުނު އިސްލާހު
މައި ގާނޫނު
ގާނޫނުލްއުގޫބާތު (ގާނޫނު ނަންބަރު 2014-09)
އުވުނު ގާނޫނު
ގާނޫނުލްއުގޫބާތު (ޗެޕްޓަރ 1) (ގާނޫނު ނަންބަރު 1981-01)
ގާނޫނުލްއުގޫބާތު (ޗެޕްޓަރ 2) (ގާނޫނު ނަންބަރު 1981-21)
ގާނޫނުލްއުގޫބާާތު (ޗެޕްޓަރ 3) (ގާނޫނު ނަންބަރު 1966-01)
ގާނޫނުލްއުގޫބާތު (ޗެޕްޓަރ 4) (ގާނޫނު ނަންބަރު 1968-10)

ކިޔުންތެރިންގެ ހިޔާލު