-

ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމާބެހޭ އާންމު ގަވާއިދު (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 2021-23)

(1ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި) 

 

ފުރަތަމަ ބާބު

އާންމު ބައި

1 ވަނަ މާއްދާ - ތައާރަފު

މި ގަވާއިދަކީ، ގާނޫނު ނަންބަރު 2020-26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 2020-08 (ފެނާއި ނަރުދަމާގެ ގާނޫނު) އަށް ރިއާާޔަތްކޮށް، ފެނާއި ނަރުދަމާގެ  ގާނޫނުގެ 58 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާރު ލިބިގެން ހަދައިފައިވާ ގަވާއިދެވެ.

 

2 ވަނަ މާއްދާ - ނަން

މި ގަވާއިދުގެ ނަމަކީ، "ދިވެހިރާއްޖޭގައި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމާބެހޭ އާންމު ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދުތަކަކީ، އަންނަނި ކަންކަން ކުރާނެ އުސޫލުތަކާއި އިޖުރާއަތުތައް ކަނޑައެޅުމެވެ. 

(ހ) ފެނާއި ނަރުދަމާގެ ނިޒާމު ފަރުމާކުރުމާއި ގާއިމުކުރުން؛

(ށ) ފެނާއި ނަރުދަމާގެ ނިޒާމުތަކުން ހިދުމަތް ދިނުން؛

(ނ) ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށާއި، ހިދުމަތް ދިނުމަށް ބޭނުންކުރާ ސާމާނު ޓެސްޓުކޮށް ސެޓިފައިކުރުން؛

(ރ) ފެނާއި ނަރުދަމާގެ ޕްލޭންތައް ތައްޔާރުކުރުން؛

(ބ) ފެނާއި ނަރުދަމާގެ ނިޒާމުތައް ރައްކައުތެރިކުރުން.

 

4 ވަނަ މާއްދާ - ގަވާއިދު ތަންފީޛުކުރާ ފަރާތް

މި ގަވާއިދު ތަންފީޛުކުރާނީ، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީންނެވެ.

 

5 ވަނަ މާއްދާ - ހުއްދަ ދިނުން

މި ގަވާއިދު ތަންފީޛު ކުރުމުގައި ދޭންޖެހޭ އެންމެހައި ހުއްދަތައް ދޭންވާނީ އޮތޯރިޓީގެ ލިޔުމަކުންނެވެ.

 

6 ވަނަ މާއްދާ - ފެނުގެ، ނުވަތަ ނަރުދަމާގެ، ނުވަތަ ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމުކޮށް ހިދުމަތް ދިނުމުގެ މަރުހަލާތައް

ފެނުގެ، ނުވަތަ ނަރުދަމާގެ، ނުވަތަ ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމު ކުރުމުގައި ހިމެނެނީ އަ ންނަނިވި މަރުހަލާތަކެވެ.

(ހ) ފެނުގެ، ނުވަތަ ނަރުދަމާގެ، ނުވަތަ ފެނާއި ނަރުދަމާގެ ނިޒާމުގެ ފަރުމާ ފާސްކުރުން.

(ށ) ތިމާވެށްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓް އެކުލަވައިލައި، އެ ރިޕޯޓް ފާސްކުރުން.

(ނ) ފާސްކޮށްފައިވާ ޑީޓެއިލްޑް ޑިޒައިނާއި، ތިމާވެށްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓުގެ ނިންމުމާ އެއްގޮތަށް ނިޒާމު ގާއިމުކުރުން.

 

ދެވަނަ ވަނަ ބާބު

ފެނާއި ނަރުދަމާ ނިޒާމު ފަރުމާކުރުމާއި ގާއިމުކުރުން

 

7 ވަނަ މާއްދާ - ފެނުގެ، ނުވަތަ ނަރުދަމާގެ، ނުވަތަ ފެނާއި ނަރުދަމާގެ ނިޒާމު ފަރުމާކުރުން

(ހ) މީހުން ދިރިއުޅޭ ރަށްރަށުގައި ފެނުގެ، ނުވަތަ ނަރުދަމާގެ، ނުވަތަ ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމުކުރުމަށް އެކުލަވައިލާ ފަރުމާކުރުމުގައި އަންނަނިވި ކަންކަމަށް ރިއާާޔަތްކޮށް، އެ ކަންކަން ފުރިހަމަ ކުރެވޭނެކަން ކަށަވަރު ކުރަންވާނެއެވެ.

  1. ރަށުގެ އާބާދީ؛
  2. ރަށުގެ ބިނާވެށި ޕްލޭން؛
  3. އަންނަނިވި ތަންތަނުގައި، ފެނާއި، ފާހާާނާއާއި، ނަރުދަމާގެ ހިދުމަތް ދެވޭގޮތަށް ހުރުން؛
    3.1 ރަށުގެ މީހުން ދިރިއުޅޭ ގެތައް؛
    3.2 އާންމު ހިދުމަތް ދޭ ތަންތަން؛
    3.3 ސިިނާއާީ މަސައްކަތް ކުރާ ތަންތަން؛
    3.4 އޮފީސް އިމާރާތްތައް؛
    3.5 މިސްކިތްތައް؛
    3.6 ހާބަރު؛
    3.7 ޖެޓީ؛
    3.8 ޕާކުތައް؛
    3.9 ކުޅިވަރު ކުޅޭ ދަނޑުތައް ފަދަ އިޖުތިމާއާީ ސަރަހައްދުތައް.
  4. ފެނުގެ، ނުވަތަ ނަރުދަމާގެ، ނުވަތަ ފެނާއި ނަރުދަމާގެ ނިޒާމު ހިންގުމަށް ބޭނުންވާ ކަރަންޓު ލިބެންހުރުން؛
  5. ފެނުގެ، ނުވަތަ ނަރުދަމާގެ، ނުވަތަ ފެނާއި ނަރުދަމާގެ ނިޒާމަށް ބޭނުންވާ ބިން ކަނޑައަޅައި، އެ ރަށެއްގެ ކައުންސިލުން އެކަން ފާސްކޮށްފައި އޮތުން؛
  6. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންނާއި ގުުދުރަތީގޮތުން ފެނުގެ ނުވަތަ ނަރުދަމާގެ ނުވަތަ ފެނާއި ނަރުދަމާގެ ނިޒާމަށް ލިބިދާނެ ގެއްލުން ކުޑަކުރެވޭނެ ގޮތްތައް؛
  7. ފެނުގެ، ނުވަތަ ނަރުދަމާގެ، ނުވަތަ ފެނާއި ނަރުދަމާގެ ނިޒާމުތައް ގާއިމުކުރުމުގައި ބޭނުންކުރާ މެޓީރިއަލްއާއި އިކުއިޕްމަންޓްތަކުގެ ސްޓޭންޑަޑްތައް؛
  8. ފެނުގެ، ނުވަތަ ނަރުދަމާގެ، ނުވަތަ ފެނާއި ނަރުދަމާގެ ނިޒާމުތަކަށް ބޭނުންވާ ސްޕެއަރޕާޓް ރައްކައުކޮށް، އިކުއިޕްމަންޓްތައް މަރާމާތުކުރާނެ ތަނެއް ފަރުމާގައި ހިމެނުން؛
  9. ފެނުގެ، ނުވަތަ ނަރުދަމާގެ، ނުވަތަ ފެނާއި ނަރުދަމާގެ އިދާރީ މަސައްކަތްކުރާނެ އޮފީސް؛
  10. ފެނުގެ، ނުވަތަ ނަރުދަމާގެ، ނުވަތަ ފެނާއި ނަރުދަމާގެ ނިޒާމްތަކުގެ ރައްކައުތެރިކަން ކަށަވަރުކުރުން؛
  11. ރަށު ކައުންސިލާއި، އަތޮޅު ކައުންސިލާއި، ސިޓީ ކައުންސިލާއި، އެ ރަށެއްގެ ރައްޔިތުންނާއި، ރަށުގައި ޔުޓިލިޓީ ހިދުމަތް ދޭ ފަރާތްތަކާއި، ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއެކު މަށްްވާރާކޮށްގެން އެ މަށްްވަރާތަކުގެ ނިންމުންތައް؛
  12. ފެނުގެ، ނުވަތަ ނަރުދަމާގެ، ނުވަތަ ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ތަފާތު ޓެކްނޮލޮޖީތައް ބޭނުންކުރުމުގައި، ތިމާވެށްޓަށް އެންމެ ގެއްލުން ކުޑަ ޓެކްނޮލޮޖީއަށް އިސްކަންދިނުމަށް؛
  13. ފެން ޓެސްޓް ކުރުމަށް ބޭނުންވާ ވަސީލަތް (ލެބޯޓަރީ) ފަރުމާގައި ހިމެނުން.

(ށ) ދިވެހިރާއްޖޭގައި ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްރަށާއި، ތަންތަނާއި، ސިިނާއާީ މަސައްކަތްކުރުމަށް ދޫކޮށްފައިވާ ރަށްރަށުގައްޔާއި ތަންތަނުގައި ފެނުގެ، ނުވަތަ ނަރުދަމާގެ، ނުވަތަ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް އެކުލަވައިލާ  ފަރުމާކުރުމުގައި އަންނަނިވި ކަންކަމަށް ރިއާާޔަތްކޮށް، އެ ކަންކަން ފުރިހަމަ ކުރެވޭނެކަން ކަށަވަރު ކުރަންވާނެއެވެ.

  1. ފެނުގެ، ނުވަތަ ނަރުދަމާގެ، ނުވަތަ ފެނާއި ނަރުދަމާގެ ނިޒާމުގެ ހިދުމަތް ލިބިގަންނާނެކަމަށް ލަފާކުރާ މީހުންގެ އަދަދު؛
  2. ފެނުގެ، ނުވަތަ ނަރުދަމާގެ، ނުވަތަ ފެނާއި ނަރުދަމާގެ ނިޒާމު ހިންގުމަށް ބޭނުންވާ ކަރަންޓު ހޯދުމަށް ރާވައިފައިވާ ގޮތް؛
  3. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންނާއި ގުުދުރަތީގޮތުން ފެނުގެ ނުވަތަ ނަރުދަމާގެ ނުވަތަ ފެނާއި ނަރުދަމާގެ ނިޒާމަށް ލިބިދާނެ ގެއްލުން ކުޑަކުރެވޭނެ ގޮތްތައް؛
  4. ފެނުގެ، ނުވަތަ ނަރުދަމާގެ، ނުވަތަ ފެނާއި ނަރުދަމާގެ ނިޒާމުތައް ގާއިމުކުރުމުގައި ބޭނުންކުރާ މެޓީރިއަލްއާއި އިކުއިޕްމަންޓްތަކުގެ ސްޓޭންޑަޑްތައް ފަހާގަކުރުން؛
  5. ފެނުގެ، ނުވަތަ ނަރުދަމާގެ، ނުވަތަ ފެނާއި ނަރުދަމާގެ ނިޒާމުތަކަށް ބޭނުންވާ ސްޕެއަރޕާޓް ރައްކައުކޮށް، އިކުއިޕްމަންޓްތައް މަރާމާތުކުރާނެ ތަނެއް ފަރުމާގައި ހިމެނުން؛
  6. ފެނުގެ، ނުވަތަ ނަރުދަމާގެ، ނުވަތަ ފެނާއި ނަރުދަމާގެ ނިޒާމްތަކުގެ ރައްކައުތެރިކަން ކަށަވަރުކުރުން؛
  7. ފެނުގެ، ނުވަތަ ނަރުދަމާގެ، ނުވަތަ ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ތަފާތު ޓެކްނޮލޮޖީތައް ބޭނުންކުރުމުގައި، ތިމާވެށްޓަށް އެންމެ ގެއްލުން ކުޑަ ޓެކްނޮލޮޖީއަށް އިސްކަންދިނުމަށް؛
  8. ފެން ޓެސްޓް ކުރުމަށް ބޭނުންވާ ވަސީލަތް (ލެބޯޓަރީ) ފަރުމާގައި ހިމެނުން.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ރިއާާޔަތް ކުރުމަށް ބުނެފައިވާ ކަންކަމުގެ އިތުރުން، ފެނުގެ ނިޒާމުތަކުގެ ފަރުމާ އެކުލަވައިލުމުގައި، ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ހިމަނަންވާނެއެވެ.

  1. ވާރޭފެން ރައްކައުކޮށްގެން ފެނުގެ ނިޒާމުގައި ބޭނުންކުރާނެ ގޮތް؛
  2. އިތުރުވާ ވާރޭފެން ބިމަށް ހިންދޭނެ ގޮތް؛
  3. ލޮނުފެނުން މީރު ފެން އުފައްދާނަމަ، ފެން އުފެއްދުމަށް ބޭނުންކުރާ ހަކަތައަކީ އިއާދަކުރަނިވި ހަކަތަ ކަމުގައި ހެދުން. މިގޮތުން، މީރު ފެން އުފައްދާ ޕްލާންޓެއް ގާއިމުކޮށްފައިވާފެސިލިޓީއެއްގައި ނުވަތަ ރަށެއްގައި ނުވަތަ ކަރަންޓުނެޓްވަރކް އެއް ވިއުގައަކުން ގުޅުވައިލައިފައިވާރަށްތަކަކުންކުރެ ރަށެއްގައި ނުވަތަ ރަށްރަށުގައި، އެ ޕްލާންޓެއް ހިންގުމަށް ބޭނުންވާ ވަރަށް، އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދޭނެ އިންތިޒާމު ހަމަޖެހިފައިވާނަމަ، ލޮނުފެނުން މީރު ފެން އުފެއްދުމަށްބޭނުންވާ އަދަދަށް އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވޭނެގޮތް ހަމަޖެހިފައިވާ ކަމަށް ބެލެވޭނެއެވެ. (އިސްލާހު ކުރެވިފައި)
  4. ފެނުގެ ނިޒާމުން އުފައްދާ ފެނަކީ ސިިއްހީީ މިންގަނޑުތަކަށް ފެތޭ އަދި ބޯން ރައްކައުތެރި ފެންކަން ކަށަވަރުކުރެވޭނެ އިންތިޒާމު؛
  5. ފެނުގެ ނިޒާމުގެ ވިއުގަ ފަރުމާކުރަންވާނީ ރަށުގެ އާބާދީ އިތުރުވާ ނިސްބަތަށާއި، ރަށަށް އަތުވެދާނެ އިގުްތިސިާދީ ކުރިއެރުމަށް ބަލައިގެން، މަދުވެގެން 35 (ތިރީސް ފަހެއް) އަހަރުދުވަހުގެ މުއްދަތަކަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ފެނުގެ ހިދުމަތް ފުޅާކުރެވޭނޭހެން ބިން ކަނޑައަޅައި ކައުންސިލުން ފާސްކުރުން؛
  6. ފެނުގެ ނިޒާމުގައި ހިމެނޭ ވިއުގަ ފިޔަވައި އެހެނިހެން ބައިތައް، މަދުވެގެން 10 (ދިހައެއް) އަހަރުދުވަހުގެ ބޭނުންތަކަށް ފުދޭގޮތަށް ފަރުމާކުރުން. ނަމަވެސް މި ފަރުމާގައި، މި މުއްދަތުގެ ތެރޭގައި ނުވަތަ އެއަށްވުރެ ފަހުން ވިޔަސް ހިދުމަތް ފުޅާކުރުމަށް ފުރުސަތު ލިބޭގޮތަށް ޖާގަ ހިމަނަންވާނެއެވެ.
  7. ގާނޫނު ނަންބަރު 2020-08 (ފެނާއި ނަރުދަމާގެ ގާނޫނު) ގެ 24 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބޭނުމަށް ޓަކައި، އެ މާއްދާގައި ބަޔާންކޮށްފައިވާ މިންވަރަށް ފެން ރައްކައުކުރެވޭނެ ގޮތް.

(ރ) މި މާއްދާގެ (ހ) އާއި (ށ) ގައި ރިއާާޔަތް ކުރުމަށް ބުނެފައިވާ ކަންކަމުގެ އިތުރުން، ނަރުދަމާ ނިޒާމުގެ ފަރުމާގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ނަރުދަމާގެ ނިޒާމު ހިންގައި ބެލެހެއްޓުމުގެ ހަރަދު ކުޑަ ކުރުމުގެ ގޮތުން، އިއާދަކުރަނިވި ހަކަތަ އިންޓަރގްރޭޓް ކުރެވޭނެ ގޮތްތައް؛
  2. ސަމަކާރަ ޓެކްނޮލޮޖީ އިންޓަރގްރޭޓް ކުރެވޭނެ ގޮތްތައް؛
  3. ސަރުކާރުން ކަނޑައަޅާ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން، ނަޖިހާއި ނަޖިސްފެން ސާފުކުރާ ނިޒާމު ގާއިމުކުރުމަށް ނިންމައިފައިވާ ތަންތަނުގައި އެ ނިޒާމަކަށް އެކަށޭނެ ހަރަދު ކުޑަ ގޮތެއް ނުވަތަ ގޮތްތައް؛
  4. ނަރުދަމާގެ ނިޒާމު ގާއިމުކޮށް ނިންމާއިރު، ގޭގައި ކުރިން ބޭނުންކުރަމުންއައި ސެޕްޓިކް ޓޭންކުތައް، ބިމުގެ ފެންފަށަލައަށް ގެއްލުން ނުވާނޭހެން ޑީކޮމިށަން ކުރާނެ ގޮތް ނުވަތަ ގޮތްތައް ހުށަހެޅުން.

 

8 ވަނަ މާއްދާ - ފެނުގެ، ނުވަތަ ނަރުދަމާގެ، ނުވަތަ ފެނާއި ނަރުދަމާގެ ނިޒާމު ފަރުމާކުރަންވީ މިންގަނޑު

މި ގަވާއިދުގެ 7 ވަނަ މާއްދާގައި، ފެނުގެ، ނުވަތަ ނަރުދަމާގެ، ނުވަތަ ފެނާއި ނަރުދަމާގެ ނިޒާމު ފަރުމާކުރުމުގައި ރިއާާޔަތްކޮށް، އެ ކަންކަން ފުރިހަމަކޮށް ކަށަވަރު ކުރަން ޖެހޭނެކަމަށް ބުނެފައިވާ ކަންކަމުގެ އިތުރުން، އިސްވެ ބުނެވުނު ނިޒާމުތައް ފަރުމާކުރަންވާނީ، ގާނޫނު ނަންބަރު 2020-26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) ގެ 4 ވަނަ މާއްދާގެ (ދ) ގެ ދަށުން، ފެނާއި ނަރުދަމާގެ ނިޒާމުތައް ފަރުމަކުރުމާ ގުޅޭގޮތުން އެތޯރިޓީން ކަނޑައަޅައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއާުކޮށްފައިވާ މިންގަނޑުތަކާއި ގައިޑްލައިންތަކާ އެއްގޮތަށެވެ.

 

9 ވަނަ މާއްދާ - ފެނުގެ، ނުވަތަ ނަރުދަމާގެ، ނުވަތަ ފެނާއި ނަރުދަމާގެ ނިޒާމުގެ ފަރުމާ އޮތޯރިޓީއަށް ހުށަހަޅައިގެން ފާސްކުރުނ

(ހ) ފެނުގެ، ނުވަތަ ނަރުދަމާގެ، ނުވަތަ ފެނާއި ނަރުދަމާ ނިޒާމުތަކުގެ ފަރުމާ ފާސްކުރުމަށް ހުށަހަޅާނީ، މި ގަވާއިދުގެ  ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ފޯމު ފުރިހަމަކޮށް، އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، އޮތޯރިޓީއަށެވެ.

(ށ) ހުށަހަޅައިފައިވާ، ފެނުގެ، ނުވަތަ ނަރުދަމާގެ، ނުވަތަ ފެނާއި ނަރުދަމާ ނިޒާމުތަކުގެ ފަރުމާ އޮތޯރިޓީއަށް ހުށަހަޅާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި އޮތޯރިޓީން އެ ފަރުމާ ފާސްކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބުނެފައި އޮތް ނަމަވެސް، ހުށަހަޅައިފައިވާ ހުށަހެޅުމެއް ފުރިހަމަ ނުވުމުގެ ސަބަބުން، ނުވަތަ ސައްހަ ނުވުމުގެ ސަބަބުން، ނުވަތަ އިސިްލާހުކުރަން ޖެހުމުގެ ސަބަބުން، އެކަން އިސިްލާހު ކުރުމަށް ނުވަތަ އިސިްލާހުކޮށް އަލުން ހުށަހެޅުމަށް ހިނގާ މުއްދަތު، އެ 14 (ސާދަ) ދުވަހުގެ ތެރެޔަކު ނުހިމެނޭނެއެވެ.

(ރ) މި މާއްދާގެ (ހ) އާ އެއްގޮތަށް ހުށަހަޅާ ހުށަހެޅުމެއް ފާސްކުރުމުގެ ކުރިން، ފެނުގެ ނުވަތަ ނަރުދަމާގެ ނުވަތަ ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމު ކުރުމަށް ޓަކައި ސަރުކާރުގެ ކަމާބެހޭ އެހެން އިދާރާއަކުން ހުއްދައެއް ހޯދުމަށް ގާނޫނީގޮތުން ލާޒިމުކުރާނަމަ، އެ ހުއްދައެއް ލިބިފައިވާކަން އޮތޯރިޓީން ކަށަވަރު ކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި އެހެން ބުނެފައި އޮތް ނަމަވެސް، ހާލަތަށް، ނުވަތަ ވަގުތަށް، ނުވަތަ މަސައްކަތުގެ ބާވަތަށް ރިއާާޔަތްކޮށް، ފެނުގެ ނުވަތަ ނަރުދަމާގެ ނުވަތަ ފެނާއި ނަރުދަމާގެ ނިޒާމެއްގެ ފަރުމާ ފާސްކުރުމުގެ ކުރިން، އޮތޯރިޓީން ކަނޑައަޅާ މަސައްކަތްތަކެއް ކުރިޔަށް ގެންދިޔުމަށް ހުއްދަ ދިނުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

 

10 ވަނަ މާއްދާ - ފެނުގެ، ނުވަތަ ނަރުދަމާގެ، ނުވަތަ ފެނާއި ނަރުދަމާގެ  ނިޒާމު ގާއިމުކުރުން

(ހ) ފެނުގެ، ނުވަތަ ނަރުދަމާގެ، ނުވަތަ ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމުކުރަންވާނީ، މި ގަވާއިދުގެ 9 ވަނަ މާއްދާގެ ދަށުން ފާސްކުރާ ފަރުމާއާ އެއްގޮތަށެވެ.

(ށ) އެއްވެސް ސަބަބަކާ ހުރެ، ފާސްކޮށްފައިވާ ފަރުމާއަށް މައާުނަވީ ބަދަލެއް ގެންނަން ޖެހިއްޖެނަމަ، ސަބަބު ބަޔާންކޮށް، އެ ގެންނަ ބަދަލުގެ މައާުލޫމާތާ އެއްކޮށް، އޮތޯރިޓީއަށް ހުށަހަޅައިގެން، އެ ބަދަލެއް ފާސްކުރަން ޖެހޭނެއެވެ.

 

ތިން ވަނަ ބާބު

ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށާއި ހިދުމަތް ދިނުމަށް ބޭނުންކުރާ ސާމާނު ޓެސްޓުކޮށް ސެޓިފައިކުރުން

 

11 ވަނަ މާއްދާ - ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށާއި ހިދުމަތް ދިނުމަށް ބޭނުންކުރާ ސާމާނު ޓެސްޓުކޮށް ސެޓިފައިކުރުން

(ހ) ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށާއި ހިދުމަތް ދިނުމަށް ބޭނުންކުރާ ސާމާނު ޓެސްޓުކޮށް ސެޓިފައިކުރާނެ މިންގަނޑުތައް އޮތޯރިޓީން ކަނޑައަޅައި، އެކަން އާންމުކުރަންވާނެއެވެ.

(ށ) ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށާއި ހިދުމަތް ދިނުމަށް ބޭނުންކުރާ ސާމާނު ހުންނަންވާނީ، ބްރިޓިށްް ސްޓޭންޑަރޑް (BS) ނުވަތަ އެއާ އެއް ފެންވަރުގެ އެނޫންވެސް ސްޓޭންޑަޑަކަށެވެ.

 

ހަތަރު ވަނަ ބާބު

ފެނާއި ނަރުދަމާގެ ނިޒާމު ރަޖިސްޓަރީ ކުރުމާއި ލައިސަންސް ދިނުން

12 ވަނަ މާއްދާ - ރަޖިސްޓަރީ ކުރަންޖެހުމާއި ލައިސަންސް ހޯދަންޖެހުން

(ހ) ދިވެހިރާއްޖޭގައި ގާއިމުކޮށްގެން ހިދުމަތް ދޭ، ފެނާއި ނަރުދަމާގެ ނިޒާމުތަކާއި، މީރުފެން އުފައްދާ ޕްލާންޓްތަކާއި، ޓްރީމަންޓް ސިސްޓަމާއެކު ގާއިމުކޮށްފައިވާ ވާރޭ ފެން ނަގައި ރައްކައުކުރާ ނިޒާމުތައް ހިންގަންވާނީ، މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތިން އޮތޯރިޓީގައި ރަޖިސްޓަރީކޮށްގެންނެވެ.

(ށ) މި ގަވާއިދުގެ ދަށުން ދޫކުރާ ލައިސަންސެއް، ނުވަތަ ވަގުތީ ހުއްދައެއް ލިބިގެން މެނުވީ އާންމު ބޭނުންތަކުގެ ހިދުމަތެއްގެ ގޮތުގައި ފެނާއި ނަރުދަމާގެ އެއްވެސް ހިދުމަތެއް، އެއްވެސް ފަރާތަކުން ފޯރުކޮށްދީގެން ނުވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބުނެފައިވާ ގޮތަށް، ފެނާއި ނަރުދަމާއާއި މީރުފެން އުފައްދާ ޕްލާންޓްތަކާއި، ޓްރީމަންޓް ސިސްޓަމާއެކު ގާއިމުކޮށްފައިވާ ވާރޭ ފެން ނަގައި ރައްކައުކުރާ ނިޒާމުތައް ރަޖިސްޓަރީ ކުރާނީ ނުވަތަ ލައިސަންސް ދޭނީ އޮތޯރިޓީން އެކުލަވައިލާ ކަރަންޓާއި ފެނާއި ނަރުދަމާއާއި ކުނި މެނޭޖުކުރުމުގެ ހިދުމަތް ދޭ ފެސިލިޓީތައް ރަޖސްޓަރީކުރުމާއި އެ ތަންތަނުން ހިދުމަތް ދިނުމަށް ލައިސަންސް ދިނުމާ ގުޅޭ ގަވާއިދެއްގެ ދަށުންނެވެ.

 

13 ވަނަ މާއްދާ - ދަފުތަރު ބެލެހެއްޓުން

މި ގަވާއިދުގެ ދަށުން، އަންނަނިވި ކަންކަމާބެހޭ މައާުލޫމާތު އޮތޯރިޓީން ދަފުތަރުކޮށް ބަލަހައްޓާންވާނެއެވެ.

(ހ) ރަށަކަށް ހިދުމަތް ދިނުމަށް ގާއިމުކޮށްފައިވާ ފެނުގެ ނިޒާމުތައް (އެ ނިޒާމުގައި އެކުލެވޭ ޕްލާންޓުތަކާއި އެ ޕްލާންޓުތަކުން އުފެއްދޭ ފެނުގެ މިންވަރު އެނގޭގޮތަށް)

(ށ) ރަށަކަށް ހިދުމަތް ދިނުމަށް ގާއިމުކޮށްފައިވާ ނަރުދަމާގެ ނިޒާމުތައް (އެ ނިޒާމުން ހިދުމަތް ދޭ ތަންތަނުގެ އަދަދާއި، އެ ނިޒާމުގައި ހިމެނޭ ނަޖިސްފެން ސާފުކުރާ ޕްލާންޓުގެ ކެޕޭސިޓީ އެނގޭގޮތަށް)

(ނ) ރަށެއްގެ ފެނުގެ ވިއުގައިގައި ނުހިމެނޭ ގޮތަށް ގާއިމުކުރާ، މީރުފެން އުފައްދާ ޕްލާންޓުތައް.

(ރ) ޓްރީމަންޓް ސިސްޓަމާއެކު ގާއިމުކޮށްފައިވާ، ވާރޭ ފެން ނަގައި ރައްކައުކުރާ ނިޒާމުތައް.

(ބ) ނިޒާމުތަކުން ހިދުމަތް ދޭ ފަރާތްތައް (ރަށްރަށުގައި ހިދުމަތް ދޭންތިބި މުވައްޒަފުންގެ މައާުލޫމާތު ހިމެނޭގޮތަށް)

(ޅ) ފެނާއި ނަރުދަމާގެ ނިޒާމު ފަރުމާކުރާ އިންޖިނޭރުންނާއި ފެން ވައިރުކުރާ ފަރާތްތައް. (އިސްލާހު ކުރެވިފައި)

(ކ) އިޖުތިމާއީ ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ވާރޭފެން ނަގައި ރައްކައުކުރާ ނިޒާމުތައް (ތާނގީ ހުރި ސަރަހައްދުގެ ނަމާއި،ތާނގީތަކުގެ އަދަދާއި، ތާނގީތަކުގެ ކެޕޭސިޓީއާއި، ތާނގީތައް ބަލަހައްޓާ ފަރާތާއި، ތާނގީތަކުގައި ފެންހުރި މިންވަރު އެނގޭގޮތަށް). (އިތުރު ކުރެވިފައި)

  
ފަސް ވަނަ ބާބު

ފެނާއި ނަރުދަމާގެ ހިދުމަތް ދިނުން

 

14 ވަނަ މާއްދާ - އާންމު ބޭނުންތަކުގެ ހިދުމަތެއްގެ ގޮތުގައި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ލައިސަންސް ނަގަން ޖެހުން

އެއްވެސް ރަށެއްގައި އާންމު ބޭނުންތަކުގެ ހިދުމަތެއްގެ ގޮތުގައި ފެނުގެ ނިޒާމުގެ ހިދުމަތް ނުވަތަ ނަރުދަމާ ނިޒާމުގެ ހިދުމަތް ދޭންވާނީ، އެ ނިޒާމެއް ހިންގައި ބެލެހެއްޓުމުގެ ލައިސަންސް ނުވަތަ ވަގުތީ ހުއްދަ ލިބިގެންނެވެ. މި ނޫން ގޮތަކަށް ފެނުގެ ނުވަތަ ނަރުދަމާގެ ނުވަތަ ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަކީ މަނާކަމެކެވެ.

 

15 ވަނަ މާއްދާ - ފެނުގެ ހިދުމަތް ފޯރުކޮށްދިނުން

(ހ) ކުރިމަތިވާ ކާރިސާއަކާ ގުޅިގެން ނުވަތަ ރަށެއް ފެނަށްޖެހިގެން ފެން އުފައްދައިގެން ފޯރުކޮށްދިނުން، މި ގަވާއިދުގެ 14 ވަނަ މާއްދާއިން އިސްތިސްނާވާނެއެވެ. އަދި މިފަދަ ހާލަތެއްގައި އެ ރަށެއްގައި ފެނުގެ ހިދުމަތް ދިނުމަށް ސަރުކާރުން ކަނޑައަޅައިފައިވާ ފަރާތަކުން، ވީ އެންމެ އަވަހަކަށް ރަށުގެ ރައްޔިތުންނަށް ބޭނުންވާ ފެން ،އެއްވެސް އަގަކާ ނުލައި ފޯރުކޮށްދޭންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، އެ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތުގައި ދޫކުރާ ފެން ހުންނަންޖެހޭނީ، މި ގަވާއިދުގެ 8 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

(ނ) ކުރިމަތިވާ ކާރިސާއަކާ ގުޅިގެން ނުވަތަ ރަށެއް ފެނަށްޖެހިގެން ފޯރުކޮށްދޭ ފެން ބޭނުންކުރަންވާނީ، މީހުންގެ އަސާސީ ބޭނުންތައް ފުއްދުމަށެވެ. އެނޫން ގޮތަކަށް އެފަދަ ފެން ބޭނުންކުރުމަކީ މަނާ ކަމެކެވެ.

(ރ) ފެނުގެ ހިދުމަތް ދިނުމުގައި މީރުފެން އުފައްދާ ޕްލާންޓުތަކުން ބޭރުކުރާ ފެން، އެއްވެސް ރަށެއްގެ ފެންފަށަލައަށް ނުވަތަ ކުޅިޔަކަށް ބޭރުކުރުމަކީ މަނާކަމެކެވެ.

(ބ) އޮތޯރިޓީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ފެނުގެ ހިދުމަތް އެ އިމާރާތަކަށް ލިބެން ހުރިކަން ކަށަވަރު ކޮށްދިނުމަކީ، އިމާރާތުގެ ވެރިފަރާތުގެ ޒިންމާއެކެވެ.

(ޅ) މީހުން ދިރިއުޅެންވާނީ ނުވަތަ ދިރިއުޅުމަށް ކުއްޔަށް ދޭންވާނީ ނުވަތަ އެފަދަ ތަނެއްގައި މީހުން ބޭތިއްބޭނީ އެ ތަނެއްގައި އެކަށީގެންވާ މިންވަރަށް ފެނުގެ ހިދުމަތް ލިބެން ހުރިނަމައެވެ.

(ކ) އެއްވެސް ފަރާތެއްގެ އިހުމާލަކުން ނުވަތަ އެކްސިޑެންޓަކުން ވިޔަސް، އަދި ކުރި ކަމަކުން ނުވަތަ ނުކޮށް ދޫކޮށްލި ކަމަކުން ވިޔަސް، ފެނާއި ނަރުދަމާގެ ހިދުމަތާ ގުޅުންހުރި ކަމެއްގެ ތެރެއިން، ތިމާވެށްޓަށް ނުވަތަ އިޖުތިމާއާީ ގޮތުން ގެއްލުމެއް ލިބިދާނެ ކަމެއް ކޮށްފިނަމަ، ނުވަތަ ކުރެވިއްޖެނަމަ، ނުވަތަ އެފަދަ ހާދިސާއެއް ހިނގައިފިނަމަ، އެ ކަމެއް ހިނގާތާ 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި،      އެ ކަމަކަށް ނުވަތަ އެ ހާދިސާއަކަށް ޒިންމާވާ ފަރާތަކުން އޮތޯރިޓީއަށް ނުވަތަ އޮތޯރިޓީން ކަނޑައަޅާ ފަރާތަކަށް އަންގަންވާނެއެވެ. އަދި އެއަށް ފަހު ގިނަވެގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި، ކަން ހިނގައިދިޔަގޮތުގެ ބަޔާނެއް، ލިޔުމަކުން އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

(އ) ފެނުގެ ހިދުމަތް ދޭ ކޮންމެ ރަށެއްގައި ނުވަތަ ސިޓީއެއްގައި، އޮތޯރިޓީން ދޭ ލައިސަންސާ އެއްގޮތަށް ހިދުމަތް ދޭ ފަރާތުން ހަދަންޖެހޭ ފެނުގެ ޓެސްޓުތައް ހަދަންވާނެއެވެ. މިނޫން ގޮތަކަށް ހިދުމަތް ދިނުމަކީ މަނާކަމެކެވެ.

(ވ) މި ގަވާއިދުގެ 1-15 ވަނަ ވަނަ މާއްދާއާއި 2-15 ވަނަ މާއްދާއާއި، 3-15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް އިޖުތިމާއީ ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ވާރޭފެން ނަގައި ރައްކައުކުރާ ނިޒާމުތައް މަރާމާތުކުރުމާއި، ސާފުކުރުމާއި، ފެން ރައްކައުކޮށް ބެލެހެއްޓުމަކީ، ރަށެއްގައި ނަމަ ރަށު ކައުންސިލުގެ ނުވަތަ ސިޓީއެއްގައި ނަމަ ސިޓީ ކައުންސިލުގެ ޒިންމާއެކެވެ. (އިތުރު ކުރެވިފައި)

(މ) ސަރުކާރުން ނުވަތަ އަމިއްލަ ފަރާތަކުން ކުރިޔަށްގެންދާ އެންމެހައި މަށްރޫއުތަކާއި މަސައްކަތްތައް ހިންގަންވާނީ، އެ ރަށެއްގައި ގާއިމްކޮށްފައިވާ ފެނުގެ ނިޒާމުން ދޭ ހިދުމަތަށް ބުރޫ ނާރާނޭ ފަދަ ގޮތަކަށެވެ. އަދި އެފަދަ މަށްރޫއުތަކުގެ ސަބަބުން ނުވަތަ މަސައްކަތެއްގެ ސަބަބުން އެ ރަށެއްގެ ފެނުގެ ނިޒާމަށް ލިބިދާނެ ގެއްލުން ފޫބެއްދުމާއި، އެކަމަށް ދާ ހަރަދާއި، ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް، އެ މަށްރޫއުގެ ތެރޭގައި ނުވަތަ އެ މަސައްކަތުގެ ތެރޭގައި ހިމަނައިގެން ކުރިޔަށް ގެންދާކަން، މަށްރޫއު ހިންގާ ފަރާތުން ނުވަތަ އެ މަސައްކަތެއް ކުރާ ފަރާތުން ކަށަވަރުކުރަންވާނެއެވެ. (އިތުރު ކުރެވިފައި)

(ފ) ފެނުގެ ހިދުމަތް ދިނުމަށް އޮޕަރޭޓިންގ ލައިސަންސް ހޯދުމަށްފަހު،އެ ނިޒާމުތަކުން ހިދުމަތް ދެމުން ދާއިރު، އެ ނިޒާމުތައް ހިންގައި ބެލެހެއްޓުމަށް ދާ ކަރަންޓުގެ ހަރަދާއި، މަރާމާތުކުރުމުގެ ހަރަދާއި،ބޭނުންވާ އާލާތްތައް ހޯދުމުގެ ހަރަދުތައް ކުރަންޖެހޭނީ، ހިދުމަތް ދޭ ފަރާތުންނެވެ. (އިތުރު ކުރެވިފައި)

(ދ) ފެނުގެ މަށްރޫއުގެ ޑިފެކްޓްސް ލައިބިލިޓީގެ މުއްދަތު ތެރޭގައި ނިޒާމަށް ދިމާވާ މައްސަލަތައް ހައްލުކުރަން ޖެހޭނީ، އެ މަށްރޫއުގެ ކޮންޓްރެކްޓަރު މެދުވެރިކޮށް، މަށްރޫއު ހިންގާ ފަރާތުންނެވެ. އެހެންނަމަވެސް، މަށްރޫއުގެ ޑިފެކްޓްސް ލައިބިލިޓީގެ މުއްދަތުގެ ތެރޭގައި، ނިޒާމަށް ދިމާވި މައްސަލައަކީ ހިދުމަތްދޭ ފަރާތުގެ އިހުމާލުން ދިމާވި މައްސަލައެއްނަމަ، އެ މައްސަލައެއް ހައްލުކުރަން ޖެހޭނީ، އެ ނިޒާމުގެ ހިދުމަތް ދޭ ފަރާތުންނެވެ. (އިތުރު ކުރެވިފައި)

(ތ) ފެނުގެ ހިދުމަތް ދިނުމަށް އޮޕަރޭޓިންގ ލައިސަންސް ދޭ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ފެނުގެ ހިދުމަތް ދިނުމަށް ގާއިމްކޮށްފައިވާ ތަންތަނަށް ކަރަންޓު ފޯރުކޮށްދިނުމަށް ބަހައްޓައިފައިވާ ކަރަންޓު މީޓަރު، ފެނުގެ ހިދުމަތްދޭ ފަރާތުގެ ނަމަށް، ކަމާބެހޭ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ބަދަލުކުރަންވާނެއެވެ. (އިތުރު ކުރެވިފައި)

(ލ) އާންމު ބޭނުންތަކަށް ފޯރުކޮށްދޭ ފެނުގެ ނިޒާމުތަކުގެ ހިދުމަތް ނުވަތަ މީރުފެން އުފައްދާ ޕްލާންޓުތަކުގެ ހިދުމަތް ނުވަތަ ޓްރީމަންޓް ސިސްޓަމާއެކު ގާއިމުކޮށްފައިވާ ވާރޭފެން ނަގައި ރައްކައުކުރާ ނިޒާމުތަކުގެ ހިދުމަތް ފޯރުކޮށްދިނުމަށް، ފަންނީގޮތުން މަސައްކަތުގައި ތިބެންވާނީ، އެންމެ ދަށްވެގެން، ދާއިރާއާ ގުޅޭ މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ ސެޓުފިކެޓު 3 (ތިނެއް) ފެންވަރުގެ ސެޓުފިކެޓު އޮންނަ ފަރާތްތަކުންނެވެ. އަދި ހިދުމަތް ދިނުމުގެ ލައިސަންސް ދިނުމުގައި އޮތޯރިޓީން މިކަން ކަށަވަރުކުރަންވާނެއެވެ. (އިތުރު ކުރެވިފައި)

(ގ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، ގާއިމުކޮށް ނިމި ހިދުމަތް ދެމުންދާ ފެނުގެ ނިޒާމުތަކާއި، މީރުފެން އުފައްދާ ޕްލާންޓުތަކާއި، ޓްރީމަންޓް ސިސްޓަމާއެކު ގާއިމުކޮށްފައިވާ ވާރޭ ފެން ނަގައި ރައްކައުކުރާ ނިޒާމުތައް، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) އަހަރުދުވަހުގެ ތެރޭގައި، މި މާއްދާގެ (ލ) ގައި ބަޔާންކޮށްފައިވާ ފެންވަރުގެ ފަރާތްތައް ތިބިކަން،ހިދުމަތްދޭ ފަރާތްތަކުން އަމަލުކުރަންވާނެއެވެ. (އިތުރު ކުރެވިފައި)

(ޏ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ފެނުގެ ނިޒާމު ނުވަތަ މީރުފެން އުފައްދާ ޕްލާންޓް ނުވަތަ ޓްރީމަންޓް ސިސްޓަމާއެކު ގާއިމުކުރާ،ވާރޭ ފެން ނަގައި ރައްކައުކުރާ ނިޒާމު ގާއިމުކޮށް ނުނިމޭ ރަށްތަކުގައި، އެ ނިޒާމު ނިންމާ ހިދުމަތްދޭ ފަރާތާ ހަވާލުކުރާ ތާރީހުން ފެށިގެން، ގިނަވެގެން 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި، މި މާއްދާގެ (ލ) ގައި ބަޔާންކޮށްފައިވާ ފެންވަރުގެ ފަރާތްތައް ތިބިކަން ހިދުމަތްދޭ ފަރާތްތަކުން ކަށަވަރު ކުރަންވާނެއެވެ. (އިތުރު ކުރެވިފައި)

(ސ) ފެނުގެ ނިޒާމުގެ އޮޕަރޭޓިންގ ލައިސަންސް ލިބުމަށްފަހު،ހިއްކައިގެން އެ ރަށަކަށް ފަހުން އިތުރުކުރާ ސަރަހައްދުތަކަށާއި،އަލަށް އާބާދުވާ ސަރަހައްދުތަކަށް ފެނުގެ ނެޓްވޯކް ފުޅާކޮށް، އަލަށް އާބަދުވާ ސަރަހައްދުތަކުގައި، އާބާދުވާ ތާރީހުން ފެށިގެން ގިނަވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ހިދުމަތް ދިނުމަކީ، ހިދުމަތްދޭ ފަރާތުގެ ޒިންމާއެކެވެ. (އިތުރު ކުރެވިފައި)

 

15-1 ވަނަ މާއްދާ - އިޖުތިމާއީ ސަރަހައްދުތަކުގައި ގާއިމުކޮށްފައި ހުރި ވާރޭފެން ނަގައިރައްކައުކުރާ ނިޒާމުތައް ބަލަހައްޓައި ހިދުމަތް ދިނުމުގެ ޒިންމާ (ސުރުހީ އާއި މުޅި މާއްދާ އިތުރު ކުރެވިފައި)

(ހ) ރަށުގެ އިޖުތިމާއީ ސަރަހައްދުތަކުގައި ގާއިމުކޮށްފައި ހުރި ވާރޭފެން ނަގައި ރައްކައުކުރާ ނިޒާމުތަކުން ހިދުމަތްދީ ބެލެހެއްޓުމަކީ ރަށެއްގައި ނަމަ ރަށު ކައުންސިލުގެ ނުވަތަ ސިޓީއެއްގައި ނަމަ ސިޓީ ކައުންސިލުގެ ޒިންމާއެކެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ހަވާލުކުރުމުގެ އިހްތިޔާރު، ރަށެއްގައި ނަމަ ރަށު ކައުންސިލަށް މި ނިޒާމުތައް ބަލަހައްޓައި ހިދުމަތް ދިނުން އެހެން ފަރާތަކާ ނުވަތަ ސިޓީއެއްގައި ނަމަ ސިޓީ ކައުންސިލަށް ލިބިގެންވެއެވެ. މިގޮތުން، މި މަސައްކަތް އެހެން ފަރާތަކާ ހަވާލުކުރަންވާނީ،ކަމާގުޅޭ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންއެކުލަވައިލާ އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުން އެކުލަވައިލާތާ ގިނަވެގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި،އެއްބަސްވުމުގެ ކޮޕީއެއް މިނިސްޓްރީއާ ހިއްސާކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް އިޖުތިމާއީ ސަރަހައްދުތަކުގައި ގާއިމުކޮށްފައި ހުރި ވާރޭފެން ނަގައިރައްކައުކުރާ ނިޒާމުތައް ބަލަހައްޓައި ހިދުމަތް ދިނުން އެހެންފަރާތަކާ ހަވާލުކުރާނަމަ، އެ މަސައްކަތް ކުރަންވާނީ، ކައުންސިލުގެބަޖެޓުގައި ހިމަނައިގެން އެ ބަޖެ ޓުގެ ތެރެއިންނެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް އިޖުތިމާއީ ސަރަހައްދުތަކުގައި ގާއިމުކޮށްފައި ހުރި ވާރޭފެން ނަގައިރައްކައުކުރާ ނިޒާމުތައް ބަލަހައްޓައި ހިދުމަތް ދިނުން އެހެންފަރާތަކާ ހަވާލުކުރި ކަމުގައި ވި ޔަސް، އެ މަސައްކަތް ހަވާލުކުރިފަރާތުގެ މަސައްކަތް ކައުންސިލުން މޮނިޓަރކޮށް، މައުލޫމާތު އެއްކުރަން ވާނެއެވެ. އަދި މި ނިޒާމުތަކާ ގުޅޭގޮތުން ކަމާގުޅޭ ދައުލަތުގެ އިދާރާއަކުން އެއްވެސް މައުލޫމާތެއް ބޭނުންވެއްޖެ ނަމަ ،އެ މައުލޫމާތު، އެ ރަށެއްގެ ކައުންސިލުން އެ އިދާރާއަކަށް ފޯރުކޮށް ދޭންވާނެއެވެ.

 

15-2 ވަނަ މާއްދާ - އިޖުތިމާއީ ސަރަހަ އްދުތަކުގައި ގާއިމުކޮށްފައި ހުރި ވާރޭފެންނަގައިރައްކަ އުކުރާ ނިޒާމުތައް ބަލަހައްޓައި ހިދުމަތް ދިނުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް (ސުރުހީ އާއި މުޅި މާއްދާ އިތުރު ކުރެވިފައި)

އިޖުތިމާއީ ސަރަހައްދުތަކުގައި ގާއިމުކޮށްފައި ހުރި ވާރޭފެންނަގައިރައްކައުކުރާ ނިޒާމުތައް ބަލަހައްޓައި ހިދުމަތް ދިނުމުގައި އަންނަނިވި ކަންކަން ސިޓީ ކައުންސިލުތަކުން ނުވަތަ ރަށު ކައުންސިލުތަކުންކުރަންވާނެއެވެ.

(ހ) މި ނިޒާމުތައް ބަލަހައްޓާ ހިދުމަތް ފޯރުކޮށްދޭންވާނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އާންމުކޮށްފައިވާ ގާނޫނުތަކާއި،ގަވާއިދުތަކާއި، މިންގަނޑުތަކާ އެއްގޮތަށެވެ.

(ށ) މި ނިޒާމުތަކުން ފޯރުކޮށްދޭ ފެނަކީ ސާފު ރައްކައުތެރި ފެންކަން ކަށަވަރުކުރަންވާނެއެވެ.

(ނ) ވާރޭފެން ރައްކައުކުރާ ނިޒާމުން މެދުނުކެނޑި ހިދުމަތް ފޯރުކޮށްދިނުމަށް ޓަކައި، އެ ނިޒާމުތައް މަރާމާތުކޮށް، ފުޅާކޮށް،ބަލަހައްޓައި ހިދުމަތް ދިނުމަށް ދާ ހަރަދު ކުރަންވާނީ ކައުންސިލުގެ ބަޖެޓުގައި ހިމަނައިގެންނެވެ.

(ރ) މި ނިޒާމުތަކުން ފެން ދޫކުރުމަށް ރާވައިފައިވާ ގޮތާއި، ފެން ދޫކުރާ ގަޑިތަކާއި މިންވަރާ ގުޅޭ މައުލޫމާތުތައް ރައްޔިތުންނާ ހިއްސާކޮށް އާންމުންނަށް ފެންނާނޭ ގޮތަށް ބަހައްޓަންވާނެއެވެ.

(ބ) މި ނިޒާމުގައި ހިމެނޭ ފުރާޅާއި، ދިޔަދޮވިތަކާއި، ހަންތަކާއި،ނިޒާމުގައި ހިމެނޭ އެހެނިހެން ބައިތައް ގަވާއިދުން ސާފުކުރަންވާނެއެވެ. އަދި އަހަރުތެރޭގައި ވާރޭ ވެހޭނެކަމަށް ބެލެވޭދުވަސްވަރަކީ ކޮބައިތޯ ކަމާބެހޭ އިދާރާތަކާ ގުޅިގެން ދުރާލައި ބަލައި އެ ދުވަސްވަރަށް ތައްޔާރުވެ، ވާރޭވެހުމުގެ ކުރިން މި ނިޒާމަށް ފެންނެގޭނެ އިންތިޒާމު ހަމަޖައްސަންވާނެއެވެ. 

(ޅ) ވާރޭވެހޭ ދުވަސްވަރު، ގަވާއިދުން މި ނިޒާމަށް ފެން ނަގައި ރައްކައުކުރަންވާނެއެވެ.

(ކ) ދެމެހެއްޓެނިވި ގޮތެއްގައި މި ނިޒާމުތަކުން ހިދުމަތް ދިނުމަށް ޓަކައި، މި ނިޒާމުތަކުގެ އިންސްޕެކްށަނެއް، ކޮންމެ މަހެއްގެ 1 (އެކެއް) ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދަންވާނެއެވެ. އަދި އެއްވެސް މައްސަލައެއް ނުވަތަ މާރާމާތެއް ކުރަންޖެހޭ ކަމަށް ފާހަގަވެފައިވާނަމަ، އެ ކަމެއް ފާހަގަވި ދުވަހުން ފެށިގެން،ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ ކަމެއް ހައްލު ކުރަންވާނެއެވެ.

 

15-3 ވަނަ މާއްދާ - އަގު ކަނޑައެޅުން (ސުރުހީ އާއި މުޅި މާއްދާ އިތުރު ކުރެވިފައި)

(ހ) އިޖުތިމާއީ ސަރަހައްދުތަކުގައި ގާއިމުކޮށްފައި ހުރި ވާރޭފެން ނަގައި ރައްކައުކުރާ ނިޒާމުތައް ދެމެހެއްޓެނިވި ގޮތެއްގައި ބަލަހައްޓައި ހިދުމަތް ދިނުމަށް ޓަކައި، މި ނިޒާމުތަކުން ފޯރުކޮށްދޭ ފެނުން ކަމާ ގުޅޭ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކައުންސިލުތަކުން އަގެއް ނެގިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތަށް ނަގާ އަގު ވާންވާނީ، މި ނިޒާމުތައްބަލަހައްޓައި ހިދުމަތް ދިނުމަށްދާ ހަރަދަށް ބަލައި، އެކަށީގެންވާ ހެޔޮއަގަކަށެވެ.

(ނ) މި ނިޒާމުތަކުން އަގު ކަނޑައަޅާއިރު އާންމު ބޭނުންތަކަށް ގޭބީސީތަކަށް ދޫކުރާ އަގާއި އެހެނިހެން ބޭނުންތަކަށް ދޫކުރާ އަގު ތަފާތުކުރެވިދާނެއެވެ.

 

16 ވަނަ މާއްދާ - ފެން މީޓަރު

(ހ) އެ ތަންތަނަށް ފޯރުކޮށްދޭ ފެނުގެ މިންވަރު ދެނެގަތުމަށް ޓަކައި، އަންނިވި ތަންތަނުގައި، ފެން މީޓަރު ބަހައްޓަންވާނެއެވެ.

  1. ގޭބިސީތައް؛
  2. ވިޔަފާރިކުރާ ތަންތަނާއި، ސިިނާއާީ މަސައްކަތްކުރާ ތަންތަން؛
  3. ސަރުކާރުގެ އިދާރާތަކާއި، އިޖުތިމާއާީ އިދާރާތައް.

(ށ) އެހެން ގާނޫނަކުން ނުވަތަ ގަވާއިދަކުން އެހެން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު، ފެންމީޓަރު ރަޖިސްޓަރީ ކޮށްފައި ހުންނަންވާނީ، އިމާރާތުގެ ވެރިފަރާތުގެ ނަމުގައެވެ. ނަމަވެސް އިމާރާތުގެ ވެރިފަރާތުން ލިޔުމަކުން އެދިއްޖެ ހިނދެއްގައި އެހެން ފަރާތެއްގެ ނަމުގައި ފެންމީޓަރު ރަޖިސްޓަރީ ކުރުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

(ނ) ފެން މީޓަރުތައް ހަރުކޮށްފައި ހުންނަންވާނީ، ހިދުމަތް ދޭ ފަރާތަށް ފަސޭހައިން ފެންނާނޭހެން އަދި މީޓަރުގެ ރީޑިންގ ނެގޭނޭ ގޮތަށް، ގޯތީގެ އިމުން ފެށިގެން ފުރަތަމަ 1 (އެކެއް) މީޓަރަށް ވުރެ އެތެރެއަށް ނުވާގޮތަށް ގޯތިތެރޭގައެވެ. ނަމަވެސް ހިދުމަތަށް އެދޭ ފަރާތުން އެއަށްވުރެ އެތެރޭގައި ފެން މީޓަރު ބެހެއްޓުމަށް އެދިއްޖެނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެ ދަށުން އެ ހިސާބެއްގައި އެ ފެން މީޓަރު ހަރުކޮށްދިނުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.  

(ރ) ފެން މީޓަރުން އެންމެ ދަށްވެގެން 0.001 (ސުމެއް ޕޮއިންޓް ސުމެއް ސުމެއް އެކެއް) ކޮޑި މީޓަރު (1 ލީޓަރު) ފެން ރިކޯޑު ކުރެވެން ވާނެއެވެ.

(ބ) ވަގުތީ ފެން މީޓަރު ބެހެއްޓޭނީ، އިމާރާތް ކުރުން ފަދަ ސިިނާއާީ މަސައްކަތްތަކަށް، ކަނޑައެޅޭ ވަކި މުއްދަތަކަށެވެ. އަދި އެ މަސައްކަތެއް ނިމުމުން، ބަހައްޓައިފައިވާ ފެންމީޓަރު ނަގަންވާނެއެވެ. ނުވަތަ އެ މީޓަރު ދާއިމީ މީޓަރަކަށް ބަދަލު ކުރެވިދާނެއެވެ.

(ޅ) ޓެރިފެއް ކަނޑައަޅައިފައިވާ ހިދުމަތްތަކުގައި ވަގުތީ ފެން މީޓަރުން ހިދުމަތް ދޭންވާނީ ވިޔަފާރި ބޭންޑުންނެވެ.

 

17 ވަނަ މާއްދާ - ޕްރީ ޕެއިޑް ފެނުގެ ހިދުމަތް

(ހ) ހިދުމަތް ލިބިގަންނަ ފަރާތުން އެދިއްޖެ ހިނދެއްގައި ވަގުތީ މީޓަރު މެދުވެރިކޮށް  ދޭ ހިދުމަތަކީ ޕްރީޕެއިޑް ހިދުމަތެއްގެ ގޮތުގައި ހަމަޖެއްސިދާނެއެވެ.

(ށ) ޕްރީ ޕެއިޑް ފެނުގެ ހިދުމަތް މެދުވެރިކޮށް ފެން ގަތުމަށް ކްރެޑިޓުގެ ގޮތުގައި ޑިޕޮޒިޓު ކުރާ ފައިސާ ބޭނުންކުރެވޭނެ ވަކި މުއްދަތެއް ކަނޑައަޅައިގެން ނުވާނެއެވެ. އަދި އެ ފައިސާ އަނބުރާ ދިނުމަށް، ހިދުމަތް ދޭ ފަރާތަކަށް ލާޒިމެއް ނުވާނެއެވެ.

(ނ) ޕްރީޕެއިޑް ހިދުމަތް މެދުވެރިކޮށް ފެން ގަންނަ ހާލަތުގައި ކްރެޑިޓުގެ 3/2 ( ތިން ބައިކުޅަ ދެބައި) ބޭނުންކުރުމުން، ހިދުމަތް ބޭނުންކުރާ ފަރާތަށް އެކަން އަންގަންވާނެއެވެ. އަދި ކުރިއާލައި އެންގުމަކާ ނުލައި ހިދުމަތް ކަނޑައިލައިގެން ނުވާނެއެވެ.

(ރ) މި ހިދުމަތް ތައާާރަފު ކުރަންވާނީ، މި ހިދުމަތް ހޯދައިފައިވާ ފަރާތްތަކަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އިތުރަށް ކްރެޑިޓް ގަނެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ފަހުގައެވެ.

 

18 ވަނަ މާއްދާ - ނަރުދަމާގެ ހިދުމަތް ދިނުން

(ހ) މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ނަޖިހާއި ނަޖިސްފެން ސާފުކުރާ ނިޒާމު ގާއިމުކުރުމަށް މިނިސްޓްރީން ކަނޑައަޅާ ހުރިހާ ރަށެއްގައްޔާއި، ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްރަށުގައި، ނަޖިހާއި ނަޖިސްފެން ސާފުކުރާ ނިޒާމު ގާއިމުކުރަންވާނެއެވެ. އަދި ސިނާއީ މަސައްކަތްތައް ކުރުމަށް ދޫކޮށްފައިވާ ފަޅުރަށްތަކާއި ބިންތަކުގައި،އެ މަސައްކަތަކާ އެކަށީގެންވާ، ނަޖިހާއި ނަޖިސްފެން ސާފުކުރާ ނިޒާމެއް، އޮތޯރިޓީން ކަނޑައަޅާ މިންގަނޑާ އެއްގޮތަށް ގާއިމުކުރަންވާނެއެވެ. މިގޮތުން، ނަޖިހާއި ނަޖިސްފެން ސާފުކުރާ ނިޒާމު ގާއިމުކޮށްފައިވާ ރަށްރަށާއި ތަންތަނުގައި، ނަޖިހާއި ނަޖިސްފެން ސާފުކުރާ ނިޒާމު މެދުވެރިކޮށްގެން ނޫން ގޮތަކަށް ނަރުދަމާގެ ހިދުމަތް ދިނުމަކީ މަނާކަމެކެވެ. (އިސްލާހު ކުރެވިފައި)

(ށ) މި މާއްދާގެ (ހ) ގައި އެހެން ބުނެފައި އޮތް ނަމަވެސް، އަންނަނިވި ހާލަތްތަކުގައި ނަޖިހާއި ނަޖިސްފެން ސާފުކުރާ ނިޒާމެއް މެދުވެރިނުކޮށް، ނަޖިހާއި ނަޖިސްފެން މޫދަށް ބޭރުކުރެވިދާނެއެވެ.

  1. ބޯކޮށް ވާރޭވެހިގެން ނުވަތަ އުދައެރުމާ ގުޅިގެން ފެންބޮޑުވުމަކީ ގާނޫނު ނަންބަރު 28/2015 (ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނު) ގެ 7 ވަނަ މާއްދާގެ ދަށުން ކާރިސާގެ ހާލަތެއްކަމަށް ކަނޑައެޅުން.  މި ހާލަތުގައި ވެސް ނަޖިހާއި ނަޖިސްފެން މޫދަށް ބޭރުކުރުމުގެ މަސައްކަތް ކުރަންވާނީ އަންނަނިވި ގޮތްތަކުގެ މަތީންނެވެ.
    1.1 ނަރުދަމާގެ ނިޒާމު ބޭނުންކޮށްގެން ފެން ބޭރުކުރުމުގެ މަސައްކަތް ކުރަންވާނީ، އެ ރަށެއްގެ ކައުސިންލަށާއި އޮތޯރިޓީއަށް އެންގުމަށްފަހު، ނަރުދަމާގެ ނިޒާމުގެ ހިދުމަތް ދޭ ފަރާތުންނެވެ.
    1.2 ކާރިސާގެ ހާލަތުން އާންމު ހާލަތަށް ރުޖޫއަވުމުން، ކަންހިނގައި ދިޔަގޮތުގެ ރިޕޯޓެއް، ހިދުމަތް ދޭ ފަރާތް މެދުވެރިކޮށް ކައުންސިލުން ތައްޔާރުކޮށްފައި، 7 (ހަތެއް) ދުވަހުގެ ތެރޭގައި އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.
  2. ނަރުދަމާގެ ނިޒާމުގެ ނަޖިހާއި ނަޖިސް ފެން ސާފުކުރާ ނިޒާމު ހަލާކުވުން. މިފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ، އެ ނިޒާމަށް ލިބުނު ގެއްލުން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި އޮތޯރީޓީއަށް އެންގުމާއެކު، ގިނަވެގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އެ ނިޒާމު މަރާމާތުކޮށް، އަލުން އެ ހިދުމަތް ދޭން ފަށަންވާނެއެވެ.

(ނ) ނަޖިހާއި ނަޖިސްފެން ސާފުކުރާ ނިޒާމުގެ މަސައްކަތަށް މައްސަލައެއް ދިމާވެދާނެ ފަދަ އެއްވެސް ބާވަތެއްގެ އެއްޗެއް ނަރުދަމާގެ ނިޒާމުގެ ތެރެއަށް އެޅުމަކީ ނުވަތަ ދޫކުރުމަކީ މަނާކަމެކެވެ.

(ރ) ނަރުދަމާގެ ނިޒާމުގެ ތެރެއަށް އެޅުން މަނާ ތަކެއްޗާބެހޭ މައާުލޫމާތު، ނަރުދަމާގެ ނިޒާމުގެ ހިދުމަތް ދޭ ފަރާތުން، ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ފޯރުކޮށްދެމުން ގެންދާންވާނެއެވެ. އަދި މިކަމާ ބެހޭ މައާުލޫމާތު ކުންފުނީގެ ވެބްސައިޓުގައި ށާއިއާުކޮށްފައި ބަހައްޓާންވާނެއެވެ.

(ބ) ޓޫރިސްޓް ގެސްޓްހައުސް/ހޮޓާތަކާއި، ސިއްހީ ހިދުމަތްދޭތަންތަނާއި، އިގްތިސާދީ މަސައްކަތްކުރާ ތަންތަނުންނާއި ސިނާއީ މަސައްކަތްކުރާ ތަންތަނުން ބޭނުންކޮށްފައި އުކައިލާ ނުސާފު ފެން،ނަރުދަމާއަށް ދޫކުރެވޭނީ، އެފަދަ ތަންތަނުން ދޫކުރާ ނަޖިސްފެނުގައި ހުންނަންޖެހޭ މިންގަނޑު އޮތޯރިޓީން ކަނޑައެޅުމުން، އޮތޯރިޓީން ކަނޑައަޅައިފައިވާ މިންގަނޑާ އެއްވަރަށް ސާފުކުރުމަށްފަހު ،ނަރުދަމާގެ ނިޒާމުގެ ހިދުމަތް ދޭ ފަރާތުގެ ހުއްދަ ލިބިގެންނެވެ. (އިސްލާހު ކުރެވިފައި)

(ޅ) މީހުން ދިރިއުޅުމަށް ބިނާކުރާ އެޕާޓްމަންޓް ބްލޮކްސް ފަދަ ތަންތަނުގައްޔާއި، އޮފީސް އިމާރާތްތަކުގައްޔާއި، ހޮޓާ، ގެސްޓްހައުސް ފަދަ ތަންތަނުގައްޔާއި، އިޖުތިމާއާީ ބޭނުންތަކަށް ގާއިމުކުރާ ބިނާތަކުގައި، އެ ތަންތަނާ އެކަށީގެންވާ ކެޗްޕިޓެއް، އެ ތަނެއްގެ ވެރިފަރާތުން އެ ތަނެއްގައި ގާއިމު ކުރާންވާނެއެވެ.

(ކ) އޮތޯރިޓީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ނަރުދަމާގެ ހިދުމަތް އެ އިމާރާތަކަށް ލިބެން ހުރިކަން ކަށަވަރު ކޮށްދިނުމަކީ، އެ ތަނުގެ ވެރިފަރާތުގެ ޒިންމާއެކެވެ.

(އ) މީހުން ދިރިއުޅެންވާނީ، ނުވަތަ ދިރިއުޅުމަށް ކުއްޔަށް ދޭންވާނީ، ނުވަތަ އެފަދަ ތަނެއްގައި މީހުން ބޭތިއްބޭނީ،  ސަރުކާރުގެ ކަމާބެހޭ އިދާރާއިން ކަނޑައަޅައިފައިވާ މިންވަރަށް ނަރުދަމާގެ ހިދުމަތް އެ ތަނަކުން ލިބެން ހުރިނަމައެވެ.

(ވ) އެއްވެސް ހާލަތެއްގައި ނަރުދަމާގެ ނިޒާމަކުން ބޭރުވާ ފެން ބިމަށް ހިންދާންޖެހިއްޖެނަމަ، އެކަން ކުރާންވާނީ އޮތޯރިޓީން ކަނޑައަޅާ ފެނުގެ މިންގަނޑުތަކާ އެއްގޮތްވާ މިންވަރަކަށް އެ ފެން ސާފުކުރުމަށްފަހު، އޮތޯރިޓީގެ ހުއްދަ ލިބިގެންނެވެ.

(މ) މި މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ ބޭނުމަށް ޓަކައި ނަރުދަމާގެ ނިޒާމުން ބޭރުވާ ފެން، ބިމަށް ހިންދޭނެ ހާލަތްތަކާއި ބިމަށް ހިންދާ ފެނުގައި ހުންނާންވާނެ ފެނުގެ މިންގަނޑު އޮތޯރިޓީން އެކުލަވައިލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ފ) ނަރުދަމާގެ ހިދުމަތް ދިނުމަށް އޮޕަރޭޓިންގ ލައިސަންސް ހޯދުމަށްފަހު، އެ ނިޒާމުތަކުން ހިދުމަތް ދެމުން ދާއިރު، އެ ނިޒާމުތައް ހިންގައި ބެލެހެއްޓުމަށް ދާ ކަރަންޓާއި، މަރާމާތުކުރުމާއި،  ބޭނުންވާ އާލާތްތައް ހޯދުމަށް ދާ ހަރަދުތައް ކުރާންޖެހޭނީ ހިދުމަތް ދޭ ފަރާތުންނެވެ.

(ދ) ނަރުދަމާ މަށްރޫއުގެ ޑިފެކްޓްސް ލައިބިލިޓީގެ މުއްދަތު ތެރޭގައި ނިޒާމަށް ދިމާވާ މައްސަލަ ހައްލުކުރަން ޖެހޭނީ ކަމާގުޅޭ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން އެކުލަވައިލާ އެއްބަސްވުމެއްގެ ދަށުން އެ މަށްރޫއުގެ ކޮންޓްރެކްޓަރު މެދުވެރިކޮށް، މަށްރޫއު ހިންގި ފަރާތުންނެވެ. އެހެންނަމަވެސް، މަށްރޫއުގެ ޑިފެކްޓްސް ލައިބިލިޓީގެ މުއްދަތު ތެރޭގައި، ނިޒާމަށް ދިމާވި މައްސަލައަކީ ހިދުމަތްދޭ ފަރާތުގެ އިހުމާލުން ދިމާވި މައްސަލައެއްނަމަ، އެ މައްސަލައެއް ހައްލުކުރަންޖެހޭނީ، އެ ނިޒާމުގެ ހިދުމަތް ދޭ ފަރާތުންނެވެ. (އިތުރު ކުރެވިފައި)

(ތ) ނަރުދަމާގެ ހިދުމަތް ދިނުމަށް އޮޕަރޭޓިންގ ލައިސަންސް ލިބޭ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ނަރުދަމާގެ ހިދުމަތްދިނުމަށް ގާއިމްކޮށްފައިވާ ތަންތަނަށް ކަރަންޓު ފޯރުކޮށްދިނުމަށް ބަހައްޓައިފައިވާ ކަރަންޓު މީޓަރު، ނަރުދަމާގެ ހިދުމަތްދޭ ފަރާތުގެ ނަމަށް ބަދަލުކުރަންވާނެއެވެ. (އިތުރު ކުރެވިފައި)

(ލ) ނަރުދަމާ ނިޒާމުގެ އޮޕަރޭޓިންގ ލައިސަންސް ލިބުމަށްފަހު،ހިއްކައިގެން އެ ރަށަކަށް ފަހުން އިތުރުކުރާ ސަރަހައްދުތަކަށާއި،އަލަށް އާބާދުވާ ސަރަހައްދުތަކަށް ނަރުދަމާގެ ނެޓްވޯކް ފުޅާކޮށްގެން ހިދުމަތް ދިނުމަކީ، ހިދުމަތްދޭ ފަރާތުގެ ޒިންމާއެކެވެ. (އިތުރު ކުރެވިފައި)

(ގ) ސަރުކާރުން ނުވަތަ އަމިއްލަ ފަރާތަކުން ކުރިޔަށްގެންދާ އެންމެހައި މަށްރޫއުތަކާއި މަސައްކަތްތައް ހިންގަންވާނީ، އެ ރަށެއްގައި ގާއިމްކޮށްފައިވާ ނަރުދަމާގެ ނިޒާމުން ދޭ ހިދުމަތަށް ބުރޫ ނާރާނޭފަދަ ގޮތަކަށެވެ. އަދި އެ ފަދަ މަށްރޫއެއްގެ ސަބަބުން ނުވަތަ މަސައްކަތެއްގެ ސަބަބުން އެ ރަށެއްގެ ނަރުދަމާގެ ނިޒާމަށް ލިބިދާނެ ގެއްލުން ފޫބެއްދުމާއި، އެކަމަށް ދާ ހަރަދާއި، ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް އެ މަށްރޫއުގެ ތެރޭގައި ނުވަތަ އެ މަސައްކަތުގެ ތެރޭގައި ހިމަނައިގެން ކަމާގުޅޭ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން އެކުލަވައިލާ އެއްބަސްވުމުގައި ހިމަނައިގެން ކުރިޔަށްގެންދާކަން، މަށްރޫއު ހިންގާ ފަރާތުން ނުވަތަ އެ މަސައްކަތެއް ކުރާ ފަރާތުން ކަށަވަރުކުރަންވާނެއެވެ. (އިތުރު ކުރެވިފައި)

(ޏ) އާންމު ބޭނުންތަކަށް ފޯރުކޮށްދޭ ނަރުދަމާ ނިޒާމުގެ ހިދުމަތް ފޯރުކޮށްދިނުމަށް ތިބޭ ފަންނީ މުވައްޒަފުންގެ ކިބައިގައި، އެންމެ ދަށްވެގެން، ދާއިރާއާ ގުޅޭ މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ ސެޓުފިކެޓު 3 ގެ ފެންވަރު ހުންނަންވާނެއެވެ. އަދި ހިދުމަތްދިނުމުގެ ލައިސަންސްގެ ދަށުން އޮތޯރިޓީން މިކަން ކަށަވަރުކުރަންވާނެއެވެ. (އިތުރު ކުރެވިފައި)

(ސ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ގާއިމުކޮށް ނިމި ހިދުމަތް ދެމުންދާ ނަރުދަމާގެ ނިޒާމުތައް، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، 3 (ތިނެއް) އަހަރުދުވަހުގެ ތެރޭގައި، މި މާއްދާގެ (ޏ) އާ އެއްގޮތަށް، ހިދުމަތްދޭ ފަރާތްތަކުން އަމަލުކުރަންވާނެއެވެ. (އިތުރު ކުރެވިފައި)

(ޑ) މި ގަވާއިދަށް އަމަލު ކުރަން ފަށާއިރު ނަރުދަމާގެ ނިޒާމު ގާއިމުކޮށް ނުނިމޭ ރަށްތަކުގައި، އެ ނިޒާމު ނިންމައިފައި ހިދުމަތްދޭ ފަރާތާ ހަވާލުކުރާ ތާރީހުން ފެށިގެން، ގިނަވެގެން 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި، މި މާއްދާގެ (ޏ) އާ އެއްގޮތަށް ހިދުމަތްދޭ ފަރާތުން އަމަލުކުރަންވާނެއެވެ. (އިތުރު ކުރެވިފައި)

 

19 ވަނަ މާއްދާ - އޮއިލް އެންޑް ގްރީސް ޓްރެޕްގެ ހިދުމަތް ދިނުން

(ހ) ރެސްޓޯރެންޓް، ސައި ހޮޓާ، ކެފޭ، ވެހިކަލް ދޮވެ މަރާމާތުކުރާ ގަރާޖު ފަދަ ތަންތަނަށް ނަރުދަމާގެ ހިދުމަތް ދޭންވާނީ، އެ ތަންތަނުގައި އުފެދޭ ތެލާއި ގިރިސް ފަދަ ތަކެތި ނަރުދަމާ ނިޒާމުގެ ތެރެއަށް ނުދާނޭހެން އޮއިލް އެންޑް ގްރީސް ޓްރެޕެއް މެދުވެރިކޮށެވެ.

(ށ) މިގޮތަށް ލާ އޮއިލް އެންޑް ގްރީސް ޓްރެޕް ސާފުކޮށް ބަލަހައްޓާނީ ހިދުމަތް ދޭ ފަރާތާއި ހިދުމަތް ލިބިގަންނަ ފަރާތުގެ ދެމެދުގައި ހަދާ އެއްބަސްވުމެއްގެ ދަށުން ހިދުމަތް ދޭ ފަރާތުންނެވެ. ހިދުމަތް ދޭ ފަރާތުން މި ޓްރެޕް ބެހެއްޓުމަށާއި، އެ ސާފުކޮށް ބެލެހެއްޓުމަށް ކަނޑައަޅާ ފީއެއް ހިދުމަތް ލިބިގަންނަ ފަރާތުން ދައްކާންވާނެއެވެ. މި ފީއަކީ ހިދުމަތް ދޭ ފަރާތުން އޮތޯރިޓީއަށް ހުށަހަޅާ ފާސްކޮށްފައިވާ ފީއަކަށް ވާންވާނެއެވެ.

(ނ) އޮއިލް އެންޑް ގްރީސް ޓްރެޕްގެ މިންގަނޑުތަކާއި ސްޕެސިފިކޭށަންތައް ހުންނާންވާނީ ހިދުމަތް ދޭ ފަރާތުން އޮތޯރިޓީއަށް ހުށަހަޅައިގެން ފާސްކޮށްފައިވާ ގޮތަށެވެ.

 

20 ވަނަ މާއްދާ - ފެނާއި ނަރުދަމާގެ ހިދުމަތް މެދުކެނޑޭފަދަ މަރާމާތު ކުރުން

މީހުން ދިރިއުޅޭ ރަށްރަށުގައި އާންމުންނަށް ދޫކޮށްފައި ހުންނަ ފެނާއި ނަރުދަމާގެ ހިދުމަތް މެދުކެނޑޭ ފަދަ މަރާމާތުތަކާއި މަސައްކަތްތައް ކުރާންވާނީ، ރަށު ކައުންސިލުގެ ނުވަތަ ސިޓީ ކައުންސިލުގެ ހުއްދަ ހޯދުމަށްފަހު، ރޭގަނޑު 10 (ދިހައެއް) އާއި ފަތިހު 5 (ފަހެއް) އާ ދެމެދުގެ ވަގުތެއްގައެވެ. ނަމަވެސް، ފެންހޮޅި ފަޅައިގެންދިޔުން ފަދަ އިމަޖެންސީ ހާލަތްތަކުގައި ކުރާ މަސައްކަތް، މި މާއްދާއިން އިސްތިސްނާވާނެއެވެ. މިގޮތަށް އިސްތިސްނާ ވިޔަސް، ރަށު ކައުންސިލުން ނުވަތަ ސިޓީ ކައުންސިލުން ނަގަންޖެހޭ ހުއްދައެއް އޮތް ނަމަ، އެ ހުއްދައެއް ނަގާންވާނެއެވެ.

 

21 ވަނަ މާއްދާ - އިޖުތިމާއާީ ސަރަހައްދުތަކުގައި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގައި ކައުންސިލުގެ ޒިންމާ

(ހ) ރަށްރަށުގެ މިސްކިތްތަކާއި، ޕާކުތަކާއި، ކުޅިވަރު ކުޅޭ ތަންތަނާއި،  އިޖުތިމާއާީ އެހެނިހެން ސަރަހައްދުތަކުގައި، ފެނާއި ފާހާާނާގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ، އެ ރަށެއްގެ ރަށު ކައުންސިލުގެ ނުވަތަ ސިޓީ ކައުންސިލުގެ ޒިންމާއެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަންތަނުގައި ފެނާއި ފާހާާނާގެ ހިދުމަތް ދިނުމުގައި މި އިންތިޒާމް ހަމަޖައްސާންވާނީ، ހާާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި އިސްރަށްވެހިންނަށް ފަސޭހައިން ބޭނުންކުރެވޭނޭ ފަދަ ގޮތަކަށެވެ.

 

22 ވަނަ މާއްދާ - ފެނާއި ނަރުދަމާގެ ހިދުމަތް ރެގިއުލޭޓް ކުރުމަށް ޓަކައި ހުށަހަޅާންޖެހޭ ރިޕޯޓުތައް

ފެނާއި ނަރުދަމާގެ ހިދުމަތް ރެގިއުލޭޓް ކުރުމަށް ޓަކައި ބޭނުންވާ އެންމެހައި  ރިޕޯޓުތައް، އޮތޯރިޓީން ކަނޑައަޅާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން އޮތޯރިޓީއަށް ހުށަހަޅާންވާނެއެވެ.

 

ހަވަނަ ބާބު

ފެނާއި ނަރުދަމާގެ ޕްލޭންތައް

 

23 ވަނަ މާއްދާ - "ވޯޓަރ ސޭފްޓީ    ޕްލޭން" އާއި "ސެނިޓޭށަން ސޭފްޓީ ޕްލޭން"

(ހ) ކޮންމެ ރަށެއްގައި ވެސް އެ ރަށެއްގެ ފެނާއި ނަރުދަމާގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް ޓަކައި، މިނިސްޓްރީގެ މަށްވަރާއާއެކު، އެ ރަށެއްގެ "ވޯޓަރ ސޭފްޓީ ޕްލޭން" އާއި، "ސެނިޓޭށަން ސޭފްޓީ ޕްލޭން"، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) އަހަރުދުވަހުގެ ތެރޭގައި، އެ ރަށެއްގެ ފެނާއި ނަރުދަމާގެ ހިދުމަތްދޭ ފަރާތުގެ މަށްވަރާއާއެކު ސިޓީ ކައުންސިލުން ނުވަތަ ރަށު ކައުންސިލުން އެކުލަވައިލައި، އޮތޯރިޓީން ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއު ކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެ މަތިން އެކުލަވައިލާ ޕްލޭންތައް، އެ ރަށެއްގެ ކައުންސިލުން ތަންފީޛު ކުރަން ވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެ މަތިން އެކުލަވައިލާ ޕްލޭންތައް ތަންފީޛު ކުރަމުންދާކަން އޮތޯރިޓީން ކަށަވަރު ކުރަންވާނެއެވެ.

 

24 ވަނަ މާއްދާ - ނޭށަނަލް ވޯޓަރ ސެކިއުރިޓީ ޕްލޭން

(ހ) ރައްޔިތުންނަށް ބޭނުންވާ ފެން މެދުކެނޑުމެއްނެތި ލިބެން ހުންނަކަން ކަށަވަރުކުރުމަށް ޓަކައި، "ނޭށަނަލް ވޯޓަރ ސެކިއުރިޓީ ޕްލޭން" މި ގަވާއިދަށް އަމަލުކުރަން ފަށާތާ 18 (އަށާރަ) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން އެކަލަވައިލައި، އާންމު ކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައވާ "ނޭށަނަލް ވޯޓަރ ސެކިއުރިޓީ ޕްލޭން" ހެދުމަށް ބޭނުންވާ އެންމެހައި މައާުލޫމާތާއި، އެ ޕްލޭން ތަންފީޛު ކުރުމަށް ބޭނުންވާ އެއްބާރުލުން، ކައުންސިލުތަކުންނާއި، ފެނާއި ނަރުދަމާގެ ހިދުމަތް ދޭ ފަރާތްތަކުން މިނިސްޓްރީއަށް ފޯރުކޮށްދޭންވާނެއެވެ.

 

ހަތްވަނަ ބާބު

ފެނާއި ނަރުދަމާގެ ނިޒާމުގެ ރައްކައުތެރިކަން ކަށަވަރުކުރުން

 

25 ވަނަ މާއްދާ - ނިޒާމްތަކުގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކުރުން

ފެނާއި ނަރުދަމާގެ ނިޒާމުތަކާއި، އެ ނިޒާމުތައް ހިންގައި ބެލެހެއްޓުމުގައްޔާއި، މީރުފެން އުފައްދާ ޕްލާންޓްތައް ހިންގައި ބެލެހެއްޓުމުގައި ހަރަކާތްތެރިވާ އެންމެހައި މުވައްޒަފުންނާއި ތަކެތީގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރު ކުރުމަކީ، ފެނާއި ނަރުދަމާގެ ނިޒާމެއްނަމަ ހިދުމަތް ދޭ ފަރާތުގެ ނުވަތަ މީރުފެން އުފައްދާ ޕްލާންޓެއް ނަމަ އެ ޕްލާންޓު ހިންގާ ފަރާތުގެ ޒިންމާއެކެވެ. މިގޮތުން އަންނަނިވި ކަންކަން ކުރަންވާނެއެވެ.

(ހ) މީރުފެން އުފައްދާ ޕްލާންޓްތައް ހިންގާ މަރުކަޒުތަކުގައްޔާއި، ނަރުދަމާގެ ނިޒާމުގެ އެކި ބައިތައް ހިންގާ މަރުކަޒުތަކުގައްޔާއި، މުވައްޒަފުން އާންމުކޮށް ހަރަކާތްތެރިވާ ތަންތަނުގައި އެ ތަނަކާ އެންމެ އެކަށޭނަ މިންވަރުގެ އަދި ސަރުކާރުގެ ކަމާބެހޭ އިދާރާއިން ކަނޑައަޅާ މިންގަނޑަށް ފެތޭގޮތަށް އަލިފާން ނިވާ ނިޒާމެއް ގާއިމު ކޮށްފައި ހުންނަންވާނެއެވެ.

(ށ) ދިމާވެދާނެ ކުއްލި ކާރިސާއަކާ ގުޅިގެން ނުވަތަ އަންނަވި ހާލަތްތަކުގައި އަމަލުކުރާނެ އެމަރޖެންސީ ރެސްޕޯންސް ޕްލޭނެއް، ހިދުމަތް ދޭ ފަރާތުން، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކުލަވައިލަންވާނެއެވެ. މި ޕްލޭނުގައި، އަންނަނިވި ކަންކަން ހިމެނެންވާނެވެ.

  1. ފެނުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ މައްސަލައެއް ނުވަތަ ކާރިސާޔަކާ ގުޅިގެން 1 (އެކެއް) ދުވަހަށްވުރެ ދިގު މުއްދަތަކަށް  މެދުކެނޑިގެން ހިނގައިދާނެ ކަމަށް ބަލައި، އެފަދަ ކާރިސާއެއްގައި ހިދުމަތް ދޭ ފަރާތުން އަމަލުކުރާނެ ގޮތް؛
  2. ރައްޔިތުންނަށް ބޭނުންވާނެ އަސާސީ ފެނުގެ މިންވަރު ފޯރުކޮށްދެވޭނެ ގޮތް؛
  3. ފަރުދުންނަށް ވީހާވެސް ފަސޭހައިން ފެން ފޯރުކޮށް ދެވޭނެ ގޮތް؛
  4. ހޮސްޕިޓަލްތައް ފަދަ ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް ފެން ފޯރުކޮށްދޭނެ ގޮތް؛
  5. ސައި ހޮޓަލާއި، ކެފޭތަކާއި، ރެސްޓޯރެންޓްތައް ފަދަ ވިޔަފާރިތަކަށް އަސާސީ ފެނުގެ މިންވަރު ފޯރުކޮށްދޭނެ ގޮތް؛
  6. ރައްޔިތުންނަށް ދޫކޮށްފައިވާ ފެނުގައި ޖަރާސީމު ފަދަ، އިންސާނާއަށް ގެއްލުންދެނިވި އެއްޗެއް ނުވަތަ މާއްދާއެއް އެކުލެވޭކަމަށް ފެނުގެ ޓެސްޓްތަކުން ދައްކައިފިނަމަ، ފެނުގެ ވިޔުގައިގެ ތެރެއިން ފެން ހުސްކުރާނެ ގޮތާއި، އަލުން ފެނުގެ ހިދުމަތް ދިނުމާ ބެހޭ ގޮތުން އަމަލުކުރާނެ ގޮތް؛
  7. ނަޖިސް ހޮޅި ފަޅައިގެން ދިއުން ފަދަ ކަމެއްގެ ސަބަބުން، ނުވަތަ ނަރުދަމާގެ ނިޒާމަށް ނުވަތަ ނިޒާމުން ބަޔަކަށް ދިމާވާ އެފަދަ އެހެން މައްސަލައެއްގެ ސަބަބުން، އެ ނިޒާމު ހިންގުމަށް ބުރޫއަރައި، ޖަންކްށަން ފަދަ ތަންތަނުން ނަޖިހާއި ނަޖިސްފެން މަގުމައްޗަށް ބޭރުވާ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ހިދުމަތް ދޭ ފަރާތުން އަމަލުކުރާނެ ގޮތް؛
  8. މި މާއްދާގެ (7) ވަނަ ނަންބަރުގައި ބުނެފައިވާ ފަދަ ކަމެއް މެދުވެރިވުމުން ގެއްލުންލިބޭ މީހުންނާއި ތަކެއްޗަށް ލިބިފައިވާ ގެއްލުމުގެ ކަންކަން ހައްލުކުރުމަށް އަޅާނެ ފިޔަވަޅުތަކާއި، އެ ސަރަހައްދެއްގެ ތިމާވެށްޓަށް ލިބޭ ގެއްލުން ފޫބެއްދުމަށް ކުރާނެ މަސައްކަތްތަކާއި، ނިޒާމަށް ނުވަތަ ނިޒާމުން ބަޔަކަށް ލިބިފައިވާ ގެއްލުމުގެ ކަންކަން ހައްލު ކުރުމަށް އަޅާނެ ފިޔަވަޅުތައް؛
  9. އެ ރަށަކަށް އާންމުކޮށް ދޫކޮށްފައި ހުންނަ ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެނަމަ، ހިދުމަތް ދޭ ފަރާތުން ދެމުންދިޔަ ފެނާއި ނަރުދަމާގެ ހިދުމަތް ހުއްޓުމެއް ނެތި ދެވޭނެ އިންތިޒާމު ހަމަޖައްސާނެ ގޮތް.

(ނ) ފެނާއި ނަރުދަމާގެ ނިޒާމުތަކާއި، އެ ނިޒާމުގެ ވިއުގައިގައި ހިމެނޭ ބައިތަކުގެ ތެރެއިން ބިންމަތީގައި ހުންނަ ތަންތަނާއި ތަކެތި ހުންނަންވާނީ އެ ތަކެތި ރައްކައުތެރިވާނޭހެން، ކަނޑައެޅޭ އިމެއްގެ ތެރޭގައި ވަށާފާރު ލެވިފައެވެ. މިގޮތުން ފެނުގެ ހިދުމަތް ދޭ ފެސިލިޓީތަކުގެ ވަށާފާރު ހުންނާންވާނީ، މަދުވެގެން 4 (ހަތަރެއް) ފޫޓުގެ އުސްމިނުގައެވެ. އަދި ނަރުދަމާގެ ނިޒާމުގައި ހިމެނޭ ޕަންޕް ސްޓޭށަންތަކުގެ ވަށާފާރު ހުންނާންވާނީ، 4 (ހަތަރެއް) ފޫޓުގެ އުސްމިނުގައެވެ. މަގުމަތީގައި ގާއިމުކޮށްފައިވާ ޕަންޕް ސްޓޭށަންތަކާއި ޕެނެލް ބޯޑުތައް،  މި މާއްދާއިން އިސްތިސްނާ ވާނެއެވެ.

(ރ) މި ގަވާއިދަށް އަމަލު ކުރަން ފަށާއިރު ގާއިމުކޮށް ނިމި ހިދުމަތް ދެމުންދާ، ފެނާއި ނަރުދަމާގެ ނިޒާމުތައް، މި މާއްދާގެ (ނ) އާ އެއްގޮތަށް، މި ގަވާއިދަށް އަމަލު ކުރަން ފަށާ ތާރީހާުން ފެށިގެން، ގިނަވެގެން 3 (ތިނެއް) އަހަރުދުވަހުގެ ތެރޭގައި ބަދަލުކުރަންވާނެއެވެ.

(ބ) ދިމާވާ އެކިއެކި ހާދިސާތަކަށް ހަރަދު ކުރުމަށް ޓަކައި ކަނޑައެޅޭ ކޮންޓިންޖެންސީ ބަޖެޓެއް، ހިދުމަތް ދޭ ފަރާތުގެ އަހަރީ ބަޖެޓް ޕްލޭނުގައި ހިމަނަންވާނެއެވެ.

 

26 ވަނަ މާއްދާ - ފެނާއި ނަރުދަމާގެ ނިޒާމު ހިންގައި ހިދުމަތް ދިނުމުގައި ޓްރީޓް ކުރުމަށް ބޭނުންކުރާ ކެމިކަލް ގެންގުޅުމާއި ރައްކައުކުރުން

(ހ) ފެނާއި ނަރުދަމާގެ ނިޒާމު ހިންގައި އެ ހިދުމަތް ދިނުމުގައި ޓްރީޓް ކުރުމަށް ބޭނުންކުރާ ކެމިކަލް ގެންގުޅެ ރައްކައުކުރަންވާނީ، ގާނޫނު ނަންބަރު 4/1975 (ދިވެހިރާއްޖެ ގެނައުން މަނާ ތަކެތީގެ ގާނޫނު) ގެ ދަށުން ބާރު ލިބިގެން މިނިސްޓްރީ އޮފް ޑިފެންސުން އެކުލަވައިލައިފައިވާ ގަވާއިދު ނަންބަރު 1057/2019 (ނުރައްކާތެރި ކެމިކަލާބެހޭ ގަވާއިދު) އާ އެއްގޮތަށެވެ.

(ށ) ކެމިކަލްތައް ބަހައްޓާ ސަރަހައްދުގައި އެ ތަން ރަނގަޅަށް ފާހަގަވާނޭހެން ދިވެހިބަހުންނާއި، އިނގިރޭސިބަހުންނާއި، ތަނުގައި މަސައްކަތް ކުރާ ފަރުދުންނަށް ކިޔަން އެނގޭނޭ ބަހަކުން ލިޔެފައިވާ ސައިން ބޯޑުތައް ހަރުކޮށްފައި ހުންނަން ވާނެއެވެ. އަދި މި ސަރަހައްދުގައި ގެންގުޅޭ ކެމިކަލްތަކާ ގުޅުންހުރި އިންޒާރުތަކާއި އިރުށާދުތައް ލިޔެފައި ހުންނަންވާނެއެވެ. އަދި ކަމާ ގުޅޭ ނިށާންތައް ހުންނަން ވާނެއެވެ. މި ސަރަހައްދަށް ވަދެނުކުމެވާ ފަރާތްތަކަށް ފެންނާނޭހެން ވަދެނުކުމެވާ އެންމެހައި ސަރަހައްދުތަކުގައި މި ސައިން ބޯޑުތައް ހުންނަންވާނެއެވެ.

(ނ) ރައްކައުކޮށްފައިވާ ކެމިކަލްތަކާއި، ބޭނުންކުރުމަށް ނަގައިގެންއުޅޭ ކެމިކަލްތައް ހުންނަންވާނީ، އަންނަނިވި ކަންކަން ހިމެނޭ ގޮތަށް ރަނގަޅަށް ލޭބަލް ކޮށްފައެވެ.

  1. ކެމިކަލްގެ ފުރިހަމަ ނަން؛
  2. ކެމިކަލްގެ ފޯމިއުލާ؛
  3. ރައްކައުކޮށްފައި ބަހައްޓަންޖެހޭ ކޮންޑިށަން؛
  4. މުއްދަތު ހަމަވާ ތާރީހާު؛
  5. ބަޔޯ ހެޒާޑް ލޭބަލް؛
  6. ފްލެމަބަލް ލޭބަލް؛
  7. މިކްސް ކުރާ ރޭށްިއޯއެއް ވާނަމަ، އެ މިންގަނޑު.

(ރ) ކެމިކަލް އުފުލައި ގެންގުޅުމުގައި ސަލާމަތީ ރައްކައުތެރިކަމަށް ބޭނުންވާ މާސްކާއި، ގޮގުލްއާއި، އަންގިއާއި، ބޫޓު ފަދަ ތަކެތި ދިނުމަކާނުލައި ހިދުމަތް ދޭ ފަރާތުން މުވައްޒަފުން ލައްވައި ކެމިކަލް އުފުލުވައި އަދި ގެންގުޅުވައިގެން ނުވާނެއެވެ. އަދި ކެމިކަލް ގެންގުޅެންޖެހޭ މުވައްޒަފެއްނަމަ، އެ މުވައްޒަފެއްގެ މަސައްކަތާ ގުޅިގެން ބަހައްޓަންޖެހޭ އެންމެހައި ސަލާމަތީ ކަންކަން ފުރިހަމަ ކޮށްފައި ހުރިކަން ކަށަވަރު ކުރުމަކީ ހިދުމަތް ދޭ ފަރާތުގެ މަސްއޫލިއްޔަތެކެވެ.

(ބ) މި މާއްދާގެ (ރ) ގައި ބުނެފައިވާ ސަލާމަތީ ކަންކަން ފުރިހަމަކޮށް ނުދީ މުވައްޒަފަކު ލައްވައި މަސައްކަތް ކުރުވަނިކޮށް އެ މުވައްޒަފަކަށް ގެއްލުމެއް ލިބެއްޖެނަމަ، އެކަމުގެ އެންމެހައި ޒިންމާ އުފުލަން ޖެހޭނީ ހިދުމަތް ދޭ ފަރާތުންނެވެ. ހަވާލުކުރެވުނު މަސައްކަތަކީ ކޮންޓްރެކްޓް އުސޫލުން އެހެން ފަރާތަކާ ހަވާލުކޮށްގެން ކުރާ މަސައްކަތެއް ކަމުގައި ވިޔަސް، އެ މަސައްކަތަކީ ކެމިކަލް އުފުލައި ގެންގުޅެންޖެހޭ މަސައްކަތެއް ކަމުގައި ވާނަމަ، މަސައްކަތް ކުރާ މީހުންގެ ސަލާމަތާއި ރައްކައުތެރިކަމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅައިފައިވޭތޯ، ހިދުމަތް ދޭ ފަރާތުން ކަށަވަރު ކުރަންވާނެއެވެ.

(ޅ) ކެމިކަލް އުފުލުމާއި ގެންގުޅުމުގެ މަސައްކަތް ކުރުމަށް މުވައްޒަފަކަށް ބޭނުންވާ ސަލާމަތީ ވަސީލަތްތަކާ ނުލައި ކުރުމަށް ހަވާލު ކުރި މަސައްކަތެއް ނުކުރުމަށް އިންކާރު ކުރުމުގެ ހައްގުު އެ މުވައްޒަފަކަށް ލިބިގެންވެއެވެ.

(ކ) ތަނުގައި ގެންގުޅޭ އެންމެހައި ކެމިކަލްތަކުގެ ފުރިހަމަ އިންވެންޓްރީއެއް، ހިދުމަތް ދޭ ފަރާތުން އަޕްޑޭޓްކޮށް ބަލަހައްޓަން ވާނެއެވެ. މި އިންވެންޓްރީގައި، ކެމިކަލްތަކުގެ މުއްދަތު ހަމަވާ ތާރީހާު އެނގެން އޮންނަންވާނެއެވެ.

(އ) މުއްދަތު ހަމަވެފައިވާ ހުރިހާ ކެމިކަލެއް ރައްކައުކޮށްފައި ބަހައްޓާންވާނީ، މުއްދަތު ހަމަވެފައިވާ ތަކެތިކަން ސާފުކޮށް އެނގޭނޭހެންނެވެ.  އެ ތަކެތި ނައްތައިލަންވާނީ ސަރުކާރުގެ ކަމާބެހޭ އިދާރާގެ ހުއްދައާއި އިރުށާދުގެ ދަށުންނެވެ.

(ވ) ކެމިކަލް ބޭނުންކޮށްގެން ކުރާ އެއްވެސް މަސައްކަތެއް ކުރުވަންވާނީ، އެ ކެމިކަލް ބޭނުންކުރުމަށް އެކަށީގެންވާ ތަމްރީނު ލިބިފައިވާ މުވައްޒަފުން ލައްވައެވެ. އެނޫން ފަރާތަކާ ހަވާލުކޮށްގެން ކެމިކަލާބެހޭ އެއްވެސް ކަމެއް ކުރުވުމަކީ މަނާކަމެކެވެ.

(މ) ކެމިކަލެއްގެ ސަބަބުން އެއްވެސް ފަރާތަކަށް ގެއްލުމެއް ލިބިއްޖެނަމަ، ނުވަތަ އެފަދަ ހާދިސާއެއް ހިނގައިފިނަމަ، އެ ފަރާތަކަށް އަވަސް ފަރުވާ ދެވޭނެ އިންތިޒާމް ހަމަޖެހިފައި ހުންނަން ވާނެއެވެ. އަދި އަވަސް ފަރުވާ ދިނުމަށް ހާާއްސަ ކޮށްފައިވާ ތަމްރީނު ލިބިފައިވާ މުވައްޒަފުން ތިބެންވާނެއެވެ.

 

އަށްވަނަ ބާބު

ފިޔަވަޅުއެޅުމާއި ގަވާއިދަށް އަމަލު ކުރަން ފެށުން

 

27 ވަނަ މާއްދާ - ފިޔަވަޅުއެޅުން

(ހ) ފެނުގެ، ނުވަތަ ނަރުދަމާގެ، ނުވަތަ ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގައި ވަކި ކަމެއް ވަކި ގޮތަކަށް ކުރުމަށް ގާނޫނު ނަންބަރު 2020-08 (ފެނާއި ނަރުދަމާގެ ގާނޫނު) ގައި ނުވަތަ މި ގަވާއިދުގައި ނުވަތަ ފެނުގެ ނުވަތަ ނަރުދަމާގެ ނުވަތަ ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގެ ލައިސަންސްގައި ށަރުޠުކޮށް ބުނެފައިވާނަމަ، އެ ކަމެއް އެ ގޮތަކަށް ނުކުރާ ފަރާތްތަކާމެދު ނުވަތަ ހިދުމަތް ދޭ ފަރާތްތަކާމެދު އޮތޯރިޓީން ގާނޫނީ ފިޔަވަޅު އަޅަންވާނެއެވެ.

(ށ) މި ގަވާއިދުގައި ކަނޑައެޅިގެން ފިޔަވަޅެއް ބަޔާންކޮށްފައި ނުވާ ކަންކަމުގައި ތިރީގައިވާ ގޮތުގެ މަތީން އޮތޯރިޓީން ފިޔަވަޅު އެޅޭނެއެވެ.

  1. މި ގަވާއިދުގެ ދަށުން އޮތޯރިޓީއަށް ހުށަހަޅަންޖެހޭ އެއްވެސް ލިޔުމެއް އޮޅުވައިލައިގެން ހުށަހެޅުމަކީ ކުށެކެވެ. އަދި މި ކުށުގެ އަދަބަކީ، 50,000 (ފަންސާސް ހާސް) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ.
  2. މި ގަވާއިދުގެ ދަށުން ހުއްދަ ނުހޯދައި، ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަކީ ކުށެކެވެ. އަދި މި ކުށުގެ އަދަބަކީ، 500,000 (ފަސްލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ.
  3. މި ގަވާއިދުގެ ދަށުން ހުއްދަ ނުހޯދައި، މީރުފެން އުފައްދާ ޕްލާންޓުތައް ހިންގުމަކީ ކުށެކެވެ. އަދި މި ކުށުގެ އަދަބަކީ، 500,000 (ފަސްލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ.
  4. ތަންފީޛީ އޮފިސަރަކު އަދާކުރަންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއެޅުމާއި، ހިދުމަތް ދިނުމަށް ދަތިކުރުމާއި، ހިދުމަތުގައި އުޅެނިކޮށް ހިދުމަތް ދޭ މުވައްޒަފަކަށް  ގަސްތުގައި ނުވަތަ އިހުމާލުން ވިޔަސް ޖިސްމާނީ ގެއްލުމެއް ދިނުމާއި، ގޯނާކުރުމާއި، މިނޫނަސް މަސައްކަތަށް އުނދަގޫކުރުމުގެ ގޮތުން އެއްވެސް ކަމެއް ކޮށްފި ފަރާތެއްގެ އަދަބަކީ 5000  (ފަސް ހާސް) ރުފިޔާއާއި 25,000 (ފަންސަވީސް ހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއި، އެ ކުރި އަމަލުގައި ޖިނާއީ ކުށެއް އެކުލެވިގެންވާނަމަ، އެކަން ތަހުގުީގުު ކުރުމަށް، ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމެވެ.
  5. މި ގަވާއިދުގެ ދަށުން ވަގުތީ ލައިސަންސުގެ މުއްދަތު ހަމަވުމަށްފަހު، ދާއިމީ ލައިސަންސް ނުނަގައި ހިދުމަތް ދިނުމަކީ ކުށެކެވެ. އަދި މިގޮތަށް ދާއިމީ ލައިސަންސް ނުނަގައި ހިނގާ ކޮންމެ ދުވަހަކަށް 1000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.
  6. އޮތޯރިޓީގެ ހުއްދަ ނެތި ލައިސަންސަށް ބަދަލެއް ގެނައި ފަރާތެއްގެ އަދަބަކީ، ނުވަތަ ދޫކޮށްފައިވާ ލައިސަންސްގެ އިމުގެ ބޭރުން މަސައްކަތް ކުރާ ފަރާތެއްގެ އަދަބަކީ  500,000 (ފަސްލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ.
  7. މި ގަވާއިދުގެ ދަށުން ކަމެއް އިސިްލާހު ކުރުމަށް ދޭ މުއްދަތުގައި އެކަން އިސިްލާހު ނުކުރުމަކީ ކުށެކެވެ. އަދި މި ކުށުގެ އަދަބަކީ، 100,000 (އެއްލައްކަ) ރުފިޔާއަށް ވުރެށް ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމެވެ. 
  8. ފެނާއި ނަރުދަމާ ނަހަމަގޮތެއްގައި ބޭނުންކުރުމަކީ ކުށެކެވެ. އަދި މި ކުށުގެ އަދަބަކީ، 1,000,000 (އެއްމިލިޔަން) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ. އަދި މިކަމުގެ ސަބަބުން ހިދުމަތް ދޭ ފަރާތަށް ގެއްލުމެއް ލިބިއްޖެނަމަ، އެ ކަމެއް ހައްލުކުރަން ހިނގާ އެންމެހައި ހަރަދު ކުރަންވާނީ، އެ ނިޒާމެއް ނަހަމަގޮތުގައި ބޭނުންކުރި ފަރާތަކުންނެވެ.
  9. ހިދުމަތް ދޭ ފަރާތުން ދޫކުރާ ފެނުގައި ހުންނަ ފެންވަރަށް އެއްވެސް ބަދަލެއް އަތުވެދާނެ އެއްވެސް ބާވަތެއްގެ އެއްޗެއް ފެނުގެ ނިޒާމުގެ ތެރެއަށް އެޅުމާއި، ނުވަތަ އެފަދަ އެއްޗެއް ނިޒާމުގެ ތެރެއަށް ވާސިލުވުމަށް މަގުފަހިވެދާނެ ކަމެއް ގަސްތުގައި ނުވަތަ އިހުމާލުން ވިޔަސް ކޮށްފި ފަރާތެއްގެ އަދަބަކީ، 50,000 (ފަންސާސްހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.
  10. ފެން އުފެއްދުމަށް ރަށުގެ މީރު ފެންފަށަލައިން ނުވަތަ ގުުދުރަތީ ކުޅިއަކުން ނުވަތަ ފެންގަނޑަކުން ފެން ބޭނުންކޮށްފި ނަމަ، އެކަން ކުރި ފަރާތެއް 500,000 (ފަސްލައްކަ) ރުފިޔާއާއި 1,000,000 (އެއްމިލިޔަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

 

28 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއާުކުރާ  ދުވަހުން ފެށިގެންނެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ލޮނުފެން މީރުފެނަށް ހަދާ ނިޒާމުގެ ހިދުމަތާބެހޭ ގަވާއިދާއި، އެންވަޔަރަންމަންޓަލް ޕްރޮޓެކްށަން އޭޖެންސީން އަމަލުކުރަމުންދިޔަ އަންނަނިވި ގައިޑުލައިންތަކާއި އުސޫލުތައް އުވުނީއެވެ.

  1. ނޭށަނަލް ވޭސްޓް ވޯޓަރ ކުއަލިޓީ ގައިޑްލައިންސް މޯލްޑިވްސް؛
  2. ޑިޒައިން ކްރައިޓީރިއާ އެންޑް ޓެކްނިކަލް ސެޕްސިފިކޭށަންސް ފޮރ ކޮންވެންށަނަލް ގްރެވިޓީ ސުވަރޭޖް ސިސްޓަމްސް؛
  3. ޑިޒައިން ކްރައިޓީރިއާ އެންޑް ޓެކްނިކަލް ސްޕެސިފިކޭށަންސް - ޑިޒައިން އެންޑް ކޮންސްޓްރަކްށަން އޮފް ވޯޓަރ ޓްރީޓްމަންޓް އެންޑް ސަޕްލައި ސިސްޓަމް؛
  4. ސަޕްލައި ވޯޓަރ ކުއަލިޓީ ސްޓޭންޑަރޑް؛
  5. ބޯރހޯލް ޑްރިލިންގ ޓެކްނިކަލް ސްޕެސިފިކޭށަން އެންޑް ގައިޑްލައިން.

ނުވަވަނަ ބާބު

މާނަކުރުން

29 މާނަކުރުން - މާނަކުރުން

މި ގަވާއިދުގައި އާިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އާިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، އެ އާިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ފެނާއި ނަރުދަމާގެ ސިޔާސަތުތައް ތަންފީޛު ކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.

(ށ) "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2020-26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) ގެ 3 ވަނަ މާއްދާގެ ދަށުން އުފައްދައިފައިވާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށެވެ.

(ނ) "ޓްރީމަންޓް ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، ފެނުގައި އެކުލެވޭ ރައްކައުތެރި ނޫން މާއްދާތައް، ކަނޑައަޅާ ވަކި ބޭނުމަކަށް ނުވަތަ ބޭނުންތަކަކަށް އެކަށީގެންވާ މިންވަރަށް ސާފުކުރާ ނިޒާމަށެވެ.

(ރ) "މީރުފެން އުފައްދާ ޕްލާންޓް" ކަމަށް ބުނެފައި އެވަނީ، ލޮނުފެން ބޭނުންކޮށްގެން މީރުފެން އުފައްދައިދޭ ނުވަތަ ސާފުކޮށްދޭ ޕްލާންޓަށެވެ. މީރުފެން އުފައްދާ ފެން ޕްލާންޓްކަމަށް ބަލާނީ، އެ ނިޒާމަށް ފެން ނަގާ ހިސާބުން ފެށިގެން ސާފު ފެން އުފެއްދުމާ ހަމައަށް އެކުލެވޭ އެންމެހައި ތަކެއްޗާއި ބައިތައް ހިމެނޭގޮތަށެވެ.

(ބ) "ނަޖިހާއި ނަޖިސްފެން ސާފުކުރާ ނިޒާމު" ކަމަށް ބުނެފައި އެވަނީ، ނަރުދަމާގެ ނިޒާމުން ބޭރުވާ ނަޖިހާއި ނަޖިސް ފެން އެއްވެސް ތަނަކަށް ބޭރުކުރުމުން، އެ ތަނުގެ ތިމާވެށްޓަށް ނުވަތަ ދިރުމަކަށް ގެއްލުންނުވާ މިންވަރަށް ނަޖިހާއި ނަޖިސްފެން ސާފުކުރާ ނިޒާމަށެވެ.

(ޅ) "ފެނުގެ ހިދުމަތް ދޭ ފެސިލިޓީ" ނުވަތަ "ފެނުގެ ހިދުމަތްދޭ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، ފެނުގެ ހިދުމަތް ދިނުމަށް ޓަކައި ބޭނުންވާ ތާނގީތަކާއި، ފެން ޕްލާންޓްތަކާއި، މެށްިނަރީސްތަކާއި، ފެން ޕަންޕް ފަދަ އާލާތްތައް ގާއިމުކޮށްފައިވާ އިމާރާތް ނުވަތަ ކޮށްޓަށެވެ.

(ކ) "ނަރުދަމާގެ ނިޒާމު" ކަމަށް ބުނެފައި އެވަނީ، ގޭގޭގެ ފާހާާނާތަކުން ބޭރުވާ، ނަރުދަމާގެ ހޮޅިން ފެށިގެން، ނަޖިހާއި ނަޖިސް ފެން އެއްކޮށް އެއްތަނަކަށް ގެންދިޔުމަށް ޓަކައި ގާއިމުކޮށްފައިވާ ނަރުދަމާގެ ވިއުގަޔާއި، އެ ވިއުގައިގައި ހިމެނޭ އެންމެހައި ބައިތަކެއް ހިމެނޭގޮތަށެވެ.

(އ) "ފެނުގެ ނިޒާމު" ކަމަށް ބުނެފައި އެވަނީ، ފެނުގެ ހިދުމަތް ދިނުމަށް ޓަކައި ގާއިމުކޮށްފައިވާ މީރުފެން އުފައްދާ ޕްލާންޓުތަކާއި، ފެން ރައްކައުކުރާ ތާނގީތަކާއި، މެށްިނަރީސްތަކާއި، ފެން ޕަންޕް ފަދަ އާލާތްތައް ހިމެނޭ ފެނުގެ ވިއުގަޔާއި، އެ ވިއުގައިގައި ހިމެނޭ އެންމެހައި ބައިތަކެއް ހިމެނޭގޮތަށެވެ.

(ވ) "ވާރޭފެން ނަގާ ރައްކައުކުރާ ނިޒާމު" ކަމަށް ބުނެފައި އެވަނީ، އެ ރަށެއްގެ އާންމު ބޭނުންތަކަށް ބޭނުންވާ ފެން ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ނުވަތަ އެފަދަ އެހެން ފަރާތަކުން އެ ރަށެއްގައި  ޖަމާއަތުގެ ބޭނުމަށް ޓަކައި ގާއިމުކޮށްފައިވާ ވާރޭ ފެންތާނގީތަކަށެވެ.

(މ) "ނަޖިހާއި ނަޖިސް ފެން" ކަމަށް ބުނެފައި އެވަނީ، ފާހާާނާތަކުންނާއި ބަދިގޭންނާއި އަތްދޮންނަތަށްޓާއި ދޮންނަ މެށްިން ފަދަ ތަކެތިން ބޭރުކުރާ ފެނަށެވެ.

(ފ) "ކައުންސިލު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސިޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ ރަށު ކައުންސިލުތަކާއި، ސިޓީ ކައުންސިލުތަކާއި، އަތޮޅު ކައުންސިލުތަކަށެވެ.

(ދ) "އިމާރާތް" ކަމަށް ބުނެފައި އެވަނީ، މީހުން ދިރިއުޅޭ އިމާރާތްތަކާއި، މީހުން ދިރިއުޅުމަށް ކުއްޔަށްދޭ އިމާރާތްތަކާއި، އޮފީސްތަކާއި، ސުކޫލުތަކާއި، ށްޮޕިންގ ސެންޓަރުތަކާއި، ސިިއްހީީ ހިދުމަތް ދޭ ތަންތަނާއި،  ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ތަންތަނާއި، ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހިދުމަތް ދޭ ތަންތަނާއި، މިސްކިތްތައް ހިމެނޭގޮތުން އާންމުކޮށް މީހުންއުޅޭ އިމާރާތްތަކަށެވެ.

(ތ) "ސިިނާއާީ މަސައްކަތް ކުރާ ތަންތަން" ކަމަށް ބުނެފައި އެވަނީ، އިންޑަސްޓްރިއަލް މަސައްކަތްކުރާ އަދި ފަތުރުވެރިކަމުގެ ދާއިރާގައި ބޭނުންކުރެވޭ ރަށްތަކާއި، ދަނޑުވެރިކަމުގެ މަސައްކަތާއި މަސްކައްކާ ކާރުހާާނާތަކާއި، އޮޑިދޯނިފަހަރު ބަންނަ ތަންތަނަށެވެ.

(ލ) "ފެންފަށަލަ" ކަމަށް ބުނެފައި އެވަނީ، ގުުދުރަތީގޮތުން ރަށުގެ ބިމުގެ އަޑީގައި އެފެދިފައިވާ ފެން ފަށަލައަށެވެ. ބިމުގެ ފެންފަށަލައިގެ ސަރަހައްދުގެ ގޮތުގައި ބަލާނީ، ބިމުގެ އަޑިން ފެން ހިލޭ ހިސާބުން ފެށިގެން، މޫދު ލޮނުގައި ލޮނުގެ މިންވަރު ނުވަތަ އިލެކްޓްރިކަލް ކޮންޑަކްޓިވިޓީ ހުންނަ މިންވަރަށް ވާސިލުވާ ހިސާބަށެވެ.

(ގ) "އޮޕަރޭޓިންގ ލައިސަންސް" ނުވަތަ "ލައިސަންސް" ކަމަށް ބުނެފައި އެވަނީ، ފެނުގެ ނުވަތަ ނަރުދަމާގެ ނުވަތަ ފެނާއި ނަރުދަމާ ނިޒާމު ހިންގައި ބެލެހެއްޓުމަށް ވަކި މުއްދަތަކަށް ނަގާ ހުއްދައަށެވެ.

(ޏ) "އާންމު ބޭނުންތަކުގެ ހިދުމަތެއް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2020-26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) ގެ 61 ވަނަ މާއްދާގެ (ނ) ގައި އާންމު ބޭނުންތަކުގެ ހިދުމަތުގެ ގޮތުގައި މާނަކޮށްފައިވާ އެންމެހައި ހިދުމަތްތަކަށެވެ.

(ސ) "މައާނަވީ ބަދަލު" ކަމަށް ބުނެފައި އެވަނީ، ފަރުމާއަށް ގެންނަ ބަދަލެއްގެ ސަބަބުން އޭގެ ޒާތަށާއި ބޭނުންކުރެވޭ ގޮތަށް ބަދަލު އަތުވެދާނެ ކޮންމެ ބަދަލަކަށެވެ. (އިތުރު ކުރެވިފައި)

(ޑ) "އިޖުތިމާއީ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، ރަށުގެ އާންމު އެންމެހައި ތަންތަން ހިމެނޭގޮތުން، ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ތަންތަނާއި، އެ ތަންތަނާ އިންވެގެންވާ މަގުގެ އިތުރުން، ރަށުގެ މަލަމައްޗަށްވާ ގޮތަށް އޮންނަ ހުސްބިންތަކާއި، ރަށުގެ އަތިރިމައްޗާއި، ވަށައިގެންވާ މަގުތަކަށެވެ. (އިތުރު ކުރެވިފައި)

(ޒ) "އިޖުތިމާއީ ސަރަހައްދުތަކުގައި ގާއިމުކޮށްފައި ހުރި ވާރޭފެން ނަގައި ރައްކައުކުރާ ނިޒާމު" ކަމަށް ބުނެފައި އެވަނީ، ކައުންސިލުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ތަންތަނުގައި ގާއިމުކޮށްފައިވާ ވާރޭފެން ނަގައި ރައްކައުކުރާ ނިޒާމުތަކަށެވެ. (އިތުރު ކުރެވިފައި)

(ޓ) "ސާފު ރައްކައުތެރި ފެން" ކަމަށް ބުނެފައި އެވަނީ، ރައްކައުތެރި ގޮތެއްގައި ފެން ރައްކައުކުރާ ނިޒާމަށް ފެން ނެގޭނެ އިންތިޒާމު ހަމަޖައްސައި، އެ ފެނުގައި އެންމެ ދަށް މިންގަނޑަށް، އެއްވެސް ކުލައެއް ރަހައެއް ނުހުންނަ ފެނަށެވެ. (އިތުރު ކުރެވިފައި)

(ޔ) "ޑިފެކްޓް ލައިބިލިޓީ މުއްދަތު" ކަމަށް ބުނެފައި އެވަނީ، މަށްރޫއެއްގެ އަމަލީ މަސައްކަތް ނިންމައި، ގާއިމުކުރެވޭ ނިޒާމު ނުވަތަ ފެސިލިޓީ އޮޕްރޭޓްކުރުމުގައި ދިމާވާ މައްސަލަތައް ދެނެގަތުމަށާއި، އެ ނިޒާމަށް ނުވަތަ ފެސިލިޓީއަށް ދިމާވާ މައްސަލަތައް ކޮންޓްރެކްޓަރ ހައްލުކުރަންޖެހޭނެ ކަމަށް އެއްބަސްވުމުގައި ކަނޑައަޅައިފައިވާ މުއްދަތަށެވެ. (އިތުރު ކުރެވިފައި)

 

ޖަދުވަލު 

 

 

މައި ގަވާއިދު

ދިވެހިރާއްޖޭގައި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމާބެހޭ އާންމު ގަވާއިދު

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

މައި ގާނޫނު

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު (ގާނޫނު ނަންބަރު 2020-26)

ފެނާއި ނަރުދަމާގެ ގާނޫނު (ގާނޫނު ނަންބަރު 2020-08)

ކިޔުންތެރިންގެ ހިޔާލު