-

އިންތިހާބުތަކާބެހޭ އާންމު ގަވާއިދު (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 2020-48)

(1ވަނަ، 2ވަނަ، 3ވަނަ، 4ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 76 ވަނަ މާއްދާގެ ދަށުން އިލެކްށަންސް ކޮމިށަނުން ހަދައިފައިވާ ގަވާއިދެކެވެ.

(ށ)  މި ގަވާއިދަށް ކިޔާނީ، ''އިންތިހާބުތަކާބެހޭ އާންމު ގަވާއިދު '' އެވެ.

 

2 ވަނަ މާއްދާ - އިންތިހާބު ހިންގައި ބެލެހެއްޓުން

އިންތިހާބުތަކާބެހޭ އެންމެހައި ކަންތައްތައް ހިންގައި، ބަލަހައްޓައި، ވިލަރެސް ކުރާނީ އިލެކްށަންސް ކޮމިށަނުންނެވެ.

 

3 ވަނަ މާއްދާ - ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ (މުޅި މާއްދާ އިސްލާހު ކުރެވިފައި)

(ހ) އިންތިހާބުތަކުގައި ވޯޓު ނެގުމަށް ޓަކައި، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ސައްހަ ރަޖިސްޓަރީއެއް، ނޭށަނަލް ރަޖިސްޓްރޭށަނާގުޅޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ދައުލަތުގެ އިދާރާއިން ބަލަހައްޓާ ގައުމީ ޑޭޓާބޭސްގައި ހިމެނޭ ދިވެހި ރައްޔިތުންގެ މައުލޫމާތުގެ އަލީގައި އިލެކްށަންސް ކޮމިށަނުން ތައްޔާރުކޮށް ބަލަހައްޓަންވާނެއެވެ. އަދި އެ ރަޖިސްޓަރީ، އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ތާރީހެއްގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށް، އިލެކްށަންސް ކޮމިށަނުގެ ވެބްސައިޓުގައި ވެސް، އެ މައުލޫމާތު އާންމު ކުރަންވާނެއެވެ. (އިސްލާހު1 / އިސްލާހު2 ކުރެވިފައި)

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހު، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް އެ ރަޖިސްޓަރީ އާންމުކޮށް ފެންނަގޮތަށް، އިލެކްށަންސް ކޮމިށަނުން ބަހައްޓަންވާނެއެވެ. އަދި އެ އިންތިހާބެއްގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ހުރިހާ މީހުންގެ ރަޖިސްޓަރީ، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެކަމަށް އެދޭ ކޮންމެ ފަރާތަކަށް ބެލޭނެ އިންތިޒާމު އިލެކްށަންސް ކޮމިށަނުން ހަމަޖައްސަންވާނެއެވެ. (އިސްލާހު / އިސްލާހު2 ކުރެވިފައި)

(ނ) ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އާންމު ކުރާއިރު، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ. (އިސްލާހު / އިސްލާހު2 ކުރެވިފައި)

  1. ފުރިހަމަ ނަން؛
  2. ޖިންސު؛
  3. ދާއިމީ އެޑްރެސް (އަތޮޅާއި، ރަށް އެނގޭ ގޮތަށް).

 

4 ވަނަ މާއްދާ - ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއާ ބެހޭ ގޮތުން ށަކުވާ ހުށަހެޅުން

ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 10 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން، ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި ހިމެނިފައިވާ މައުލޫމާތަކާ ގުޅޭގޮތުން، ނުވަތަ ހިމެނިފައިނުވާ މައުލޫމާތަކާ ގުޅޭގޮތުން، ނުވަތަ އެ ރަޖިސްޓަރީ ސައްހަކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލަކާ ގުޅޭގޮތުން، ނުވަތަ އުނިއިތުރަކާ ގުޅޭގޮތުން ށަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ށަކުވާ ހުށަހެޅުމަށް ހުޅުވައިލައިފައިވާ މުއްދަތުގެ ތެރޭގައި ށަކުވާ ހުށަހަޅާ ފޯމު މެދުވެރިކޮށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ފޯކަލް ޕޮއިންޓުންނަށް، ނުވަތަ އިލެކްށަންސް ކޮމިށަނަށް ށަކުވާ ހުށަހަޅަންވާނެއެވެ. މިކަމަށްޓަކައި ށަކުވާ ހުށަހަޅާ ފޯމު، އިލެކްށަންސް ކޮމިށަނުގެ ވެބްސައިޓުންނާއި އަތޮޅު/ސިޓީ/ރަށު ކައުންސިލް އިދާރާތަކުން ލިބޭނެ އިންތިޒާމު، އިލެކްށަންސް ކޮމިށަނުން ހަމަޖައްސަންވާނެއެވެ.

 

5 ވަނަ މާއްދާ - ރަޖިސްޓަރީއާބެހޭ މައްސަލަތައް އިލެކްށަންސް ކޮމިށަނަށް ފޮނުވުން

ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއާ ބެހޭގޮތުން އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ރަށު/ އަތޮޅު ނުވަތަ ސިޓީ ފޯކަލް ޕޮއިންޓުންނަށާއި ކޮމިޓީތަކަށް ހުށަހަޅާ މައްސަލަތައް ދުވަހުން ދުވަހަށް އިލެކްށަންސް ކޮމިށަނަށް ފޮނުވަމުން ގެންދަންވާނެއެވެ.

 

6 ވަނަ މާއްދާ - ގެޒެޓުކުރެވޭ، ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ބަދަލުގެނައުން

(ހ) ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 10 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ހުށަހެޅޭށަކުވާތަކާއި، ނޭށަނަލް ރަޖިސްޓްރޭށަނާ ގުޅޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ދައުލަތުގެ އިދާރާއިން ގެންނަ އިސްލާހުތަކާ ގުޅިގެން ގެންނަންޖެހޭ ބަދަލުތައް ގެންނަންވާނެއެވެ. މި މުއްދަތުގައި ގެނެވޭ ބަދަލުތައް ފިޔަވައި އެއްވެސް އިތުރު ބަދަލެއް ރަޖިސްޓަރީއަކަށް ނުގެނެވޭނެއެވެ.

މިގޮތަށް ލިޔުމުން ހުށަހެޅޭ ބަދަލުތައް، ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް ގެނެވޭނީ އަންނަނިވި ގޮތުގެ މަތިންނެވެ.

  1. ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް މީހަކު އިތުރުކުރެވޭނީ، ލިސްޓުގައި ނަން ނެތިގެން ހުށަހަޅައިފައިވާ ށަކުވާއާއެކު، އެ މީހަކީ ވޯޓުލާ ދުވަހަށް 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެހި ރައްޔިތެއްކަން ސާބިތުކޮށްދޭނެ ރަސްމީ ލިޔުމެއްގެ އަސްލު ނުވަތަ ކޮޕީ ހުށަހެޅުމުން، އެކަމާ ގުޅޭ މުއައްސަސާއަކުން އެކަން ކަށަވަރުކުރުމަށް ފަހުގައެވެ. މިގޮތުން ހުށަހަޅާ ލިޔުމުގައި ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް އިތުރުކުރަން އެދިފައިވާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެހާއި، އުފަން ތާރީހާއި، ޖިންސާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ހިމަނައިފައިއޮންނަންވާނެއެވެ.
  2. ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީން މީހަކު އުނިކުރެވޭނީ، ލިސްޓުގައި ހިމެނިފައިވާ މީހަކު ލިސްޓުން އުނިކުރުމަށް ހުށަހަޅައިފައިވާ ށަކުވާއާއެކު އެ މީހަކީ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުން އުނިކުރަންޖެހޭ މީހެއްކަން ސާބިތުކޮށްދޭނެ ރަސްމީ ލިޔުމެއްގެ އަސްލު ނުވަތަ އަސްލާ އެއްގޮތްކަން އަންގައިދޭ ކޮޕީ ހުށަހެޅުމުންނެވެ.
  3. ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ހިމެނިފައިވާ މައުލޫމާތަކަށް ބަދަލުގެނެވޭނީ، ލިސްޓުގައި ހިމެނިފައިވާ މައުލޫމާތެއް ބަދަލުކުރުމަށް އެދި ހުށަހަޅައިފައިވާ ށަކުވާއާއެކު، ލިސްޓަށް ގެންނަން އެދިފައިވާ ބަދަލަކީ ސައްހަ ބަދަލެއްކަން ސާބިތުކޮށްދޭނެ ރަސްމީ ލިޔުމެއްގެ އަސްލު ނުވަތަ އަސްލާ އެއްގޮތްކަން އަންގައިދޭ ކޮޕީ ހުށަހެޅުމުންނެވެ.
  4. ނިޔާވެފައިވާ މީހެއްގެ ނަން ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުން އުނިކުރުމުގައި ސައްހަ ލިޔުމެއްގެ ގޮތުގައި ބަލާނީ، މަރު ސާބިތުކުރާ ފޯމު، ނުވަތަ ރަށްވެހިންގެ ރަޖިސްޓަރީ، ނުވަތަ އުނިކުރަން އެދިފައިވާ މީހަކީ މަރުވެފައިވާ މީހެއްކަމަށް އެކަމާ ގުޅުންހުރި ދައުލަތުގެ މުއައްސަސާއަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެކެވެ.

(ށ) ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް ހުށަހަޅާ ށަކުވާތަކާ ބެހޭ މައުލޫމާތު، އެ ށަކުވާގެ ބާވަތާއި އެ ށަކުވާއަކާމެދު އަމަލުކުރެވުނު ގޮތް އެނގޭގޮތަށް،އިލެކްށަންސް ކޮމިށަނުން ދަފުތަރުކޮށް ބަލަހައްޓަންވާނެއެވެ.

(ނ) ކޮންމެ އިންތިހާބެއްގައިވެސް އެ އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީ، ގާނޫނު ނަންބަރު ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އިލެކްށަންސް ކޮމިށަނުން އާންމުކޮށް ށާއިއުކޮށް، ސިޔާސީ ޕާޓީތަކަށާއި ކެންޑިޑޭޓުންނަށް ފޮނުވަންވާނެއެވެ. އަދި އެ އިންތިހާބެއްގައި ވޯޓުލެވޭނީ އިލެކްށަންސް ކޮމިށަނުން އާންމުކޮށް ށާއިއުކުރާ،ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ނަން ހިމެނިފައިވާ މީހުންނަށެވެ. ނަމަވެސް އެއްވެސް މީހެއްގެ ނަން މި ރަޖިސްޓަރީގައި އޮވެމެ، އިލެކްށަންސް ކޮމިށަނުގެ އިދާރީ ސަބަބަކާހުރެ މީހެއްގެ ނަން ވޯޓުލާ މަރުކަޒުގައި އޮންނަ ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ނެތްނަމަ، އެ މީހަކަށް ވޯޓުލެވޭނެ އިންތިޒާމު، އިލެކްށަންސް ކޮމިށަނުން ހަމަޖައްސައިދޭން ވާނެއެވެ.

(ރ) މި މާއްދާގެ ދަށުން އާންމު ކުރެވޭ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި، އިލެކްށަންސް ކޮމިށަނާއި، ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން، ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ރަޖިސްޓަރީ ސައްހަކަމަށް އެއްބަސްވެ ސޮއިކޮށް، އިނގިލީގެ ނިށާން ޖަހަންވާނެއެވެ. މިގޮތުން ކެންޑިޑޭޓުން، ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން، ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމަށް ހުޅުވައިލެވޭ މުއްދަތުގައި ކެންޑިޑޭޓަކު، ނުވަތަ ކެންޑިޑޭޓުގެ މަންދޫބަކު،ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމަށް ހާޒި ރުނުވާނަމަ ބެލޭނީ، އެ ކެންޑިޑޭޓަކަށް ލިބުނު ފުރުސަތު ދޫކޮށްލީ ކަމަށެވެ.

 

7 ވަނަ މާއްދާ - ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ އާންމުކޮށް ދޫކުރުމާއި ބޭނުންކުރުން

(ހ) ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރުމަށްފަހު، އެ އިންތިހާބެއްގެ ރަސްމީ ނަތީޖާ އިއުލާ ނު ކުރުމާ ހަމައަށް އިލެކްށަންސް ކޮމިށަނުގެ ވެބްސައިޓުގައި އާންމުކޮށް ލިބެން ހުންނަންވާނެއެވެ.

(ށ) އެއްވެސް އިންތިހާބެއްގައި ވޯޓުދިން މީހުންގެ ރަޖިސްޓަރީ، ކޯޓު އަމުރަކަށް ފިޔަވައި އެއްވެސް ފަރާތަކަށް ދޫކޮށްގެން ނުވާނެއެވެ.

 

8 ވަނަ މާއްދާ - އެހެން ތަނެއްގައި ދިރިއުޅޭ މީހުން ވޯޓު ދިނުމަށްޓަކައި ރީ-ރަޖިސްޓަރީ ކުރުން

(ހ) ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އިންތިހާބެއްގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހެއް، ވޯޓުލުން އޮންނަ ދުވަހު، ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި، އެ މީހެއްގެ ދާއިމީ އެޑްރެސްކަމަށް ބަޔާންކޮށްފައިވާ ރަށުގައި އެ މީހަކު ނޫޅޭ ނަމަ، އަދި ރާއްޖޭގައި މީހުން ދިރިއުޅޭ އެހެން ރަށެއްގައި ނުވަތަ ރިޒޯޓެއްގައި ނުވަތަ ސިނާއީމަސައްކަތްކުރާ ރަށެއްގައި ނުވަތަ ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓުމަށް ކަނޑައެޅިފައިވާ ގައުމެއްގައި ހުރެ، އެ އިންތިހާބުގައި އެ މީހަކު ވޯޓު ދިނުމަށް ބޭނުން  ނަމަ، އެ އިންތިހާބުގައި ވޯޓު ނަގާ ދުވަހު އެ މީހަކު ހުންނާނެ ތަނެއް މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އިލެކްށަންސް ކޮމިށަނުގައި ރަޖިސްޓަރީކުރަން ވާނެއެވެ.

(ށ) އެއްވެސް އިންތިހާބެއްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ވޯޓު ފޮށްޓެއް ބެހެއްޓޭނީ، ވޯޓު ފޮށްޓެއް ބެހެއްޓުމަށްޓަކައި ކޮމިށަނުން ކަނޑައަޅާ ތަންތަނުގައެވެ. އަދި ރިޒޯޓު ނުވަތަ ސިނާއީ މަސައްކަތްކުރާ ރަށެއް ނުވަތަ ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓުމަށް ކަނޑައަޅައިފައިވާ ގައުމުތަކުގައި ވޯޓު ފޮށި ބަހައްޓާނީ، އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ އަދަދަކަށް ވުރެ ގިނަ މީހުން އެ ތަނުގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީވާ ތަންތަނުގައެވެ.

(ނ) ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ނުވަތަ އެހެން ތަނެއްގައި ތިބޭ މީހުން ވޯޓު ދިނުމަށް ޓަކައި ރަޖިސްޓަރީވާން ބޭނުންނަމ،ަ އެކަމަށް ކޮމިށަނުން އާންމުކޮށް އިއުލާނުކޮށް އަންގާ ގޮތެއްގެ މަތީނ،ް އެ މީހެއްގެ މައުލޫމާތު ކޮމިށަނަށް ނުވަތަ ކޮމިށަނުން ކަނޑައަޅާ ތަނަކަށް،ކަނޑައަޅައިފައިވާ މުއްދަތުގައި "ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" އިން ނުވަތަ ކޮމިށަނުން ކަނޑައަޅާ ނިޒާމުގެ ތެރެއިން ހުށަހަޅަން ވާނެއެވެ. މިގޮތުން އީމެއިލުން ސީދާ އިލެކްށަންސް ކޮމިށަނަށް ނުވަތަ ކޮމިށަނުން ފޯމު ބަލައިގަތުމަށް ކަނޑައަޅައިފައިވާ ފަރާތްތަކަށް ނުވަތަ އިދާރާއަކަށް ފޮނު ވައި ފޯމުގެ ސައްހަކަން ކަށަވަރުކުރަން ދަތިވާނެތ،ީ އެފަދަ ވަސީލަތްތައް މެދުވެރިކޮށް ފޮނުވާ ފޯމު ބަލައެއް ނުގަނެވޭނެއެވެ. (އިސްލާހު ކުރެވިފައި)

(ރ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، ވޯޓުލުން އޮންނަ ދުވަހު، އެ މީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ހުންނާނޭކަމަށް ކަނޑައަޅައި، އެ ތަނަކީ އިލެކްށަންސް ކޮމިށަނުން ވޯޓުފޮށްޓެއް ބަހައްޓަން ކަނޑައަޅައިފައިވާ ތަނެއްނަމަ، އެ ތަނެއްގައި ރަޖިސްޓަރީ ކުރު މަށް އިލެކްށަންސް ކޮމިށަނުން ދީފައިވާ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ކުރުމަށް ހުށަހެޅުމުން، އެ ހުށަހަޅާ ތަނެއްގައި އެ މީހަކަށް ވޯޓު ލެވޭނެ ގޮތަށް އެ މީހެއްގެ ނަން އިލެކްށަންސް ކޮމިށަނުން ރަޖިސްޓަރީކޮށްދޭން ވާނެއެވެ. އަދި ވޯޓުލުން އޮންނަ ދުވަހު އެ ތަނެއްގައި އެ މީހަކަށް ވޯޓުލެވޭނެ އިންތިޒާމު އިލެކްށަންސް ކޮމިށަނުން ހަމަޖައްސަން ވާނެއެވެ. މި މާއްދާގައި މިގޮތަށް އޮތްކަމުގައި ވީނަމަވެސް، އެ ތަނަކީ ވޯޓު ފޮށްޓެއް ބަހައްޓަން އިލެކްށަންސް ކޮމިށަނުން ކަނޑައަޅައިފައިވާ ތަނެއް ކަމުގައި ވާންޖެހޭނެއެވެ. މިނޫން ތަނަކަށް ވޯޓުލުމަށް ރަޖިސްޓަރީކުރުމަށް ހުށަހަޅައިފައިވާ މީހުން އަމަލުކުރަންވީ ގޮތް އިލެކްށަންސް ކޮމިށަނުން އާންމުކޮށް އަންގައި އިއުލާނު ކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން، އިންތިހާބުގައި ވޯޓުލުން އޮންނަ ދުވަހު، އެ މީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ނުވަތަ އެހެން ތަނެއްގައި ހުންނާނެ ކަމަށް އިލެކްށަންސް ކޮމިށަނަށް އަންގައި ރަޖިސްޓަރީކުރުމަށްފަހު، އެ އަންގައިފައިވާ ރަށް ނުވަތަ ތަން ފިޔަވައި އެހެން ރަށެއްގައި ނުވަތަ އެހެން ތަނެއްގައި އެ މީހަކަށް ވޯޓެއް ނުލެވޭނެއެވެ.

(ޅ) ރީ-ރަޖިސްޓަރީ ކުރުމަށް ހުޅުވައި ލާ މުއްދަތުގައި، ރިޒޯޓު ނުވަތަ ސިނާއީ މަސައްކަތްކުރާ ރަށެއް ނުވަތަ ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބެހެއްޓުމަށް ކަނޑައަޅައިފައިވާ ގައުމުތަކުގައި އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ އަދަދަށް ރީ-ރަޖިސްޓަރީ ނުކޮށްފިނަމަ، އެ ތަނުގައި ވޯޓު ފޮށްޓެއް ނުބަހައްޓާނެއެވެ. އަދި އެ ތަނަށް ރީ-ރަޖިސްޓަރީވާން ހުށަހަޅައިފައިވާ މީހުންނަށް އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީވުމުގެ ފުރުސަތު އިލެކްށަންސް ކޮމިށަނުން ދޭންވާނެއެވެ.

 

9 ވަނަ މާއްދާ - އިންތިހާބުގެ ދެވަނަ ބުރަށް ރަޖިސްޓަރީވުން

(ހ) އެއްވެސް އިންތިހާބެއްގައި އެ އިންތިހާބެއްގެ ދެވަނަ ބުރުގައި ވޯޓުލާން ޖެހިއްޖެނަމަ، އެ އިންތިހާބެއްގައި ދެވަނަ ބުރުގައި ވޯޓުލުމަށް ރަޖިސްޓަރީކުރަން ޖެހޭނީ، ފުރަތަމަ ބުރުގައި ވޯޓުލުމަށް ހަމަޖެހިފައިވާ ފޮށި ނޫން އެހެން ފޮށްޓަކަށް ވޯޓުލާން ބޭނުންވާ ފަރާތްތަކާއި، އިންތިހާބުގެ ދެވަނަ ބުރުގައި، 18 (އަށާރަ) އަހަރު ފުރިގެން އަލަށް ވޯޓުލާ މީހުންގެ ތެރެއިން ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން އެދޭ ފަރާތްތަކެވެ.

(ށ) (ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތަށް ރަޖިސްޓަރީކުރާނީ އިލެކްށަންސް ކޮމިށަނުން އާންމުކޮށް އިއުލާނުކުރާ ގޮތެއްގެ މަތިންނެވެ.

 

10 ވަނަ މާއްދާ - އިންތިހާބު ބާއްވާކަން އިއުލާނުކުރުން

ގާނޫނު ނަންބަރު ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 13 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އިންތިހާބެއް ބާއްވާކަން، އެ އިންތިހާބަކާބެހޭ ހާއްސަ ގާނޫނުގައިވާ ގޮތުގެ މަތިން އިލެކްށަންސް ކޮމިށަނުން އާންމުކޮށް އަންގައި އިއުލާނު ކުރަން ވާނެއެވެ.

 

11 ވަނަ މާއްދާ - އިންތިހާބަށް ކުރިމަތިލިކަން އިއުލާނު ކުރުން

އިންތިހާބަށް ކުރިމަތިލާން ދީފައިވާ މުއްދަތު ހަމަވާ ތާރީހުން ފެށިގެން، އެ އިންތިހާބަކާ ގުޅޭ ހާއްސަ ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި، އެ އިންތިހާބަކަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތަފުސީލު އެންގުމަށްޓަކައި، ގުރުއަތު ނަގައި، ނަންތައް ތަރުތީބު ކުރުމަށްފަހު، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 14 ވަނަ މާއްދާއާ އެއްގޮތަށް އިލެކްށަންސް ކޮމިށަނުން އާންމުކުރަންވާނެއެވެ.

 

12 ވަނަ މާއްދާ - އިންތިހާބަށް ކުރިމަތިލާ މީހުންގައި ހުންނަންޖެހޭ ށަރުތުތައް

އިންތިހާބަކަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ށަރުތުތަކެއް ގާނޫނުއަސާސީގައި،ނުވަތަ ގާނޫނެއްގައި، ނުވަތަ ގަވާއިދެއްގައި ކަނޑައަޅައިފައިވާނަމަ، އެ އިންތިހާބަކަށް ކުރިމަތިލާ ކޮންމެ މީހެއްގެ ކިބައިގައި އެ ށަރުތުތައް ފުރިހަމަވާން ޖެހޭނެއެވެ.

 

13 ވަނަ މާއްދާ - އިންތިހާބަށް ކުރިމަތިލުމަށް އެދި ހުށަހެޅުން

އިންތިހާބަށް ކުރިމަތިލުމަށް އިލެކްށަންސް ކޮމިށަނުން އިއުލާނު ކުރުމުން، އެ އިއުލާނުގައިވާ ގޮތުގެ މަތިން، އެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުން އެކަމަށް އެދި، އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ. އަދި އެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެކަމަށް ކަނޑައަޅައިފައިވާ ފޯމުން އިލެކްށަންސް ކޮމިށަނަށް ހުށަހެޅުމަށް، އެ އިންތިހާބަކާ ގުޅޭ ހާއްސަ ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތު ދޭންވާނެއެވެ.

 

14 ވަނަ މާއްދާ - އިންތިހާބުގައި ތާއީދު ހޯދުމަށް ބޭނުންކުރާ ނިށާން ފާސްކުރުން

ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 14 ވަނަ މާއްދާގެ 1 ވަނަ ނަންބަރުގެ (ރ) ގައި ބަޔާންކޮށްފައިވާ ނިށާން ނުވަތަ ލޯގޯއަކީ އިލެކްށަންސް ކޮމިށަނަށް ހުށަހަޅައި އެ ކޮމިށަނުން ފާސްކޮށްފައިވާ އެއްޗަކަށް ވާންވާނެއެވެ. ނިށާން ނުވަތަ ލޯގޯ ފާސްކުރާއިރު، ދެ ފަރާތަކުން ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކުން އެއް ލޯގޯއެއް ހުށަހަޅައިފައިވާނަމަ، އެ ލޯގޯ ފާސްކުރުމުގައި އިސްކަންދޭނީ، ކުރިން ހުށަހެޅި ފަރާތަށެވެ. ސިޔާސީ ޕާޓީއެއްގެ ފަރާތުން ކުރިމަތިލާ ކެންޑިޑޭޓުންނަށް ޕާޓީގެ ލޯގޯ ބޭނުންކުރެވިދާނެއެވެ. ސިޔާސީ ޕާޓީއެއްގެ ލޯގޯ ނުވަތަ އެ ލޯގޯއާ އެއްވައްތަރު ލޯގޯއެއް، އެ ޕާޓީ ފިޔަވައި އެހެން ފަރާތަކަށް ބޭނުމެއް ނުކުރެވޭނެއެވެ.

 

15 ވަނަ މާއްދާ - އިދާރީ ފައިސާ ހުށަހެޅުން

(ހ) އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހާ އިލެކްށަންސް ކޮމިށަނަށް ދައްކަންޖެހޭ އިދާރީ ފައިސާ ދެއްކުމުން، އެ ފައިސާ އިލެކްށަންސް ކޮމިށަނަށް ލިބުނުކަމުގެ ރަސީދެއް،އިލެކްށަންސް ކޮމިށަނުން އެ މީހަކަށް ދޫކުރަންވާނެއެވެ.

(ށ) އިންތިހާބަށް ކުރިމަތިލާއިރު ދައްކަންޖެހޭ އިދާރީ ފައިސާ ދައްކާނީ ދައުލަތަށް ފައިސާ ބަލައިގަތުމަށް ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިންނެވެ. (އިސްލާހު ކުރެވިފައި)

 

16 ވަނަ މާއްދާ - އިންތިހާބަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތް އެނގުން

ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 21 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، އިލެކްށަންސް ކޮމިށަނުން އެ މީހެއްގެ ކެންޑިޑަސީ ގަބޫލުކޮށްފައިވަނިކޮށް، އެއްވެސް ސަބަބަކާހުރެ އެ ފަރާތުގެ ކެންޑިޑަސީ ބާތިލުކުރަން ޖެހިއްޖެނަމަ، އެ ފަރާތެއްގެ ކެންޑިޑަސީއާމެދު ގޮތެއް ނިންމާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންނެވެ.

 

17 ވަނަ މާއްދާ - ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުން

(ހ) އިންތިހާބަށް ކުރިމަތިލި މީހުންގެ ގުރުއަތުލުން ބާއްވާންވާނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެ އިންތިހާބަކަށް ނުވަތަ އެ އިންތިހާބީ ދާއިރާއަކަށް ކުރިމަތިލި މީހުން ނުވަތަ އެ މީހުންގެ މަންދޫބުންގެ ހާޒިރުގައެވެ.

(ށ) އިންތިހާބަށް ކުރިމަތިލާ މީހުންގެ ތެރެއިން ށަރުތު ހަމަވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށްޓަކައި ގުރުއަތުލުން އޮންނަ ތަނާއި ތާރީހާއި ގަޑި، ކެންޑިޑޭޓުންނަށް އަންގައި، އިލެކްށަންސް ކޮމިށަނުން އިއުލާނު ކުރަންވާނެއެވެ.

(ނ) ކެންޑިޑޭޓަކު އޭނާގެ ފަރާތުން މަންދޫބަކު އައްޔަނު ކުރާނަމަ، އެ މީހަކު މަންދޫބަކަށް އައްޔަނު ކުރިކަމުގެ ލިޔުމަކާއެކު ގުރުއަތު ނަގާ ތަނަކަށް، އެ މަންދޫބުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި އެ ކާޑުގެ ކޮޕީއަކާއެކު އެ މީހަކު ފޮނުވަންވާނެއެވެ. އަދި އެ ލިޔުމުގައި، މަންދޫބުގެ ފުރިހަމަ ނަމާއި، އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ލިޔެފައި އޮންނަންވާނެއެވެ.

(ރ) ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ބާއްވާ ގުރުއަތުލުމަށް ކެންޑިޑޭޓަކު ނުވަތަ އޭނާ އައްޔަނުކުރާ މަންދޫބަކު ހާޒިރު ނުވެއްޖެނަމަ، އެ ކެންޑިޑޭޓެއް ނުވަތަ އޭނާ އައްޔަނުކުރާ މަންދޫބުގެ ބަދަލުގައި ގުރުއަތުގައި ބައިވެރިވާނީ އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ މީހެކެވެ.

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ގުރުއަތުލުން ބާއްވަންވާނީ،ހަމައެކަނި އެ އިންތިހާބަށް ކުރިމަތިލުމުގެ ށަރުތު ފުރިހަމަވެ، އިންތިހާބަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުން އިލެކްށަންސް ކޮމިށަނުން ގަބޫލުކޮށްފައިވާ މީހުންގެ މެދުގައެވެ.

(ޅ) ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ގުރުއަތު ނެގުމަށް ޓަކައި، އެ އިންތިހާބަށް ނުވަތަ އެ އިންތިހާބީ ދާއިރާއަކަށް ކުރިމަތިލުމުގެ ށަރުތު ފުރިހަމަވާ މީހުންގެ ތެރެއިން، އެންމެ ފުރަތަމަ ގުރުއަތު ނެގުމުގެ ފުރުސަތުދޭނީ، އެ އިންތިހާބަށް ނުވަތަ އެ އިންތިހާބީ ދާއިރާއަކަށް ކުރިމަތިލުމަށްޓަކައި، އިލެކްށަންސް ކޮމިށަނަށް ފޯމު ހުށަހެޅި މީހުންގެ ތަރުތީބުންނެވެ.

 

18 ވަނަ މާއްދާ - ތާއީދު ހޯދުމަށް މަސައްކަތްކުރުން

ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 28 ވަނަ މާއްދާއިން ކެންޑިޑޭޓުންނަށް ލިބިދީފައިވާ ހައްގުގެ ދަށުން، ކެންޑިޑޭޓުން ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައި ތިރީގައި މިވާ ކަންތައްތައް ކުރެވިދާނެއެވެ.

  1. ތާއީދު ހޯދުމުގެގޮތުން މީހުންނާ ބައްދަލުކޮށް ވާހަކަދެއްކުން.
  2. ސުލްހަވެރިކަމާއެކު އެއްވުންތައް ބޭއްވުން.
  3. ހަބަރު ފަތުރާ ވަސީލަތްތަކުގެ ބޭނުންހިފުން.
  4. ތާއީދު ހޯދުމުގެގޮތުން އެ މީހަކު ކުރިމަތިލައިފައިވާ އިންތިހާބީ ދާއިރާއެއްގެ މީހުންނަށް ސިޓީ ފޮނުވުމާއި، ފޮޓޯއާއި ސްޓިކާއާއި ލިޔުންފަދަ ތަކެތި ބެހުމާއި، އެ ތަކެތި އާންމުކޮށް ފެންނާނޭހެން ބެހެއްޓުން.
  5. ނިށާނާއި ނިށާން ޖަހައިފައިވާ ތަކެތި ގެންގުޅުމާއި، އެ ތަކެތި ބޭނުންކުރުން.
  6. އިސްތިހާރުކުރުން، ބިލްބޯޑު، ޕޯސްޓަރުފަދަ ތަކެތި ބޭނުންކުރުން.
  7. ށޯ ބޭއްވުން.
  8. ރެލީތަކާއި ވެހިކަލް ބުރުތައް ބޭއްވުން.
  9. އިންޓަރނެޓާއި ސޯށަލް މީޑިއާގެ ބޭނުންހިފުން.

 

19 ވަނަ މާއްދާ - ކެންޑިޑޭޓުންނާއި އެމީހުންނަށް ތާއީދު ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ސުލޫކީ މިންގަނޑު

(ހ) އިންތިހާބުތަކުގައި ތާއީދު ހޯދުމަށް މަސައްކަތްކުރާ ހުރިހާ ފަރާތްތަކުން ވެސް އަންނަނިވި ސުލޫކީ މިންގަނޑު ހިފަހައްޓައި، އެ މިންގަނޑު ދަމަހައްޓަން ޖެހޭނެއެވެ.

  1. ވަކި ޖިންސެއްގެ މީހަކަށްވާތީ، ނުވަތަ އިސްލާމްދީނުގައި ވަކި މަޒުހަބަކަށް އުޅެމުންދާ ކަމަށްޓަކައި، ނުވަތަ ވަކި ބަހުރުވައަކުން ވާހަކަދައްކާ ކަމަށްޓަކައި، އެއީ ވަކި ކެންޑިޑޭޓަކަށް ވޯޓު ދިނުމަށް ނުވަތަ ނުދިނުމަށް އޮތް ސަބަބެއްކަމުގައި އެއްވެސް ބަޔަކަށް ހުށަހަޅައިގެން ނުވާނެއެވެ.
  2. ކެންޑިޑޭޓަކަށް ނުވަތަ ޕާޓީއަކަށް ތާއީދު ހޯދުމަށް ބާއްވާ އެއްވެސް ބައްދަލުވުމެއް ނުވަތަ ހަރަކާތެއް ބާއްވަންވާނީ އެކަމަށް ކަނޑައެޅިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
  3. ދީނީ އެކިއެކި މުނާސަބަތުގައްޔާއި، ދީނީ ދަރުސްތަކުގައްޔާއި، ހުތުބާތަކުގައި ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެއެވެ.
  4. ކިޔަވައިދޭ ތަންތަނުން (މަދަރުސާ، ކޮލެޖު، ޔުނިވަރސިޓީ ފަދަ ތަންތަނުން) ދޭ ފިލާވަޅުތައް މެދުވެރިކޮށް ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް މަސައްކަތެއް ކޮށްގެން ނުވާނެއެވެ.
  5. ކިޔަވައިދޭ ތަންތަނާއި އިޖުތިމާއީ މަރުކަޒު ފަދަ ތަންތަން ފިޔަވައި ސަރުކާރުގެ އޮފީސްތަކާއި ކައުންސިލްތަކުގެ އިދާރާތަކާއި އެ އިދާރާތަކުގެ ގޯތިތެރެ، އިންތިހާބަށް ކެންޕޭންކުރުމަށް ބޭނުންކޮށްގެން ނުވާނެއެވެ. ކިޔަވައިދޭ ތަންތަނުގެ ގޯއްޗާއި ހޯލު ފަދަ ތަންތަން ބޭނުންކުރަންވާނީ ކަނޑައެޅިފައިވާ ހުއްދަ ލިބިގެންނެވެ. 
  6. އެއްވެސް ކެންޑިޑޭޓަކު ނުވަތަ އެ ކެންޑިޑޭޓަކަށް ތާއީދުކުރާ ބަޔަކު، އެހެން ކެންޑިޑޭޓަކު ތާއީދު ހޯދުމަށް ހިންގަމުން ގެންދާ ބައްދަލުވުމަކަށް ހުރަސްއެޅޭ ފަދަ އަމަލެއް ކޮށްގެން ނުވާނެއެވެ.
  7. ތާއީދު ހޯދުމުގެގޮތުން ކެންޑިޑޭޓަކު ނުވަތަ އޭނާ ނިސްބަތްވާ ޕާޓީއަކުން ނުވަތަ އެ ކެންޑިޑޭޓަކަށް ތާއީދުކުރާ ބަޔަކު ބަހައްޓާ ޕޯސްޓަރު، ނުވަތަ ނިށާން، ނުވަތަ އެ ކެންޑިޑޭޓަކު ރަމްޒުކޮށްދޭ އެފަދަ އެހެން އެއްޗެއް، އެހެން ކެންޑިޑޭޓަކު، ނުވަތަ އެހެން ކެންޑިޑޭޓަކަށް ތާއީދުކުރާ ބަޔަކު ނައްޓައި، ހަލާކުކޮށް، ގެއްލުންދީ ހަދައިގެން ނުވާނެއެވެ.
  8. ކެންޑިޑޭޓަކު، ނުވަތަ ކެންޑިޑޭޓަކު ނިސްބަތްވާ ޕާޓީއަކުން ތާއީދު ހޯދުމަށް ބާއްވާ އެއްވުމެއް، ނުވަތަ ބައްދަލުވުމެއް ބާއްވަމުންދާ ތަނެއްގައި، އެ ވަގުތަކާ ދިމާކޮށް، އެހެން ޕާޓީއަކަށް ނިސްބަތްވާ ކެންޑިޑޭޓަކު ނުވަތަ އެހެން ކެންޑިޑޭޓަކަށް ތާއީދުކުރާ ބަޔަކު އެ ތަނުގައި ބައްދަލުވުމެއް އިންތިޒާމު ކޮށްގެން ނުވާނެއެވެ. 
  9. އިންތިހާބުގައި ތާއީދު ހޯދުމަށް ބޭނުންކުރާ އެއްވެސް އެއްޗެއް، މީހެއްގެ ގެއެއްގައި،ނުވަތަ އިމާރާތެއްގައި، ނުވަތަ ބިމެއްގައި ބަހައްޓަންވާނީ އެ ތަނެއްގެ ވެރިފަރާތުގެ ހުއްދަ ލިބިގެންނެވެ. 
  10. އިންތިހާބަށް ތާއީދު ހޯދުމުގެގޮތުން ހުއްދަ ހޯދައިގެން ބަހައްޓާ އިސްތިހާރާއި، ބިލްބޯޑާއި، ބެނަރ ފަދަ ތަކެތި، އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނު ކުރާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި، އެ ބެހެއްޓި ފަރާތަކުން ނަގައި ސާފުކުރުމަކީ އެ ކެންޑިޑޭޓެއްގެ ޒިންމާއެކެވެ.
  11. ތާއީދު ހޯދުމަށް ބާއްވާ ބައްދަލުވުންތައް ހިނގަމުންދާ ވަގުތު، އުނދަގޫކޮށް، އެ ތަނެއްގައި އޮތް އިންތިޒާމު ނަގައިލުމަށް އެއްވެސް ފަރާތަކުން މަސައްކަތް 
    ކުރާނަމަ، އެ ފަރާތަކާމެދު އަމިއްލައަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި އެކަން ހައްލުކުރަން މަސައްކަތް ކުރަންވާނީ، ކަމާބެހޭ ފަރާތެއް މެދުވެރިކޮށްގެންނެވެ.
  12. ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގައި، އެއްވެސް މީ ހެއްގެ އަބުރަށް އުނިކަމެއް އަތުވެދާނެ ފަދަ ކަމެއް ކޮށްގެން ނުވާނެއެވެ.
  13. ވަކި ގޮތަކަށް ވޯޓު ލުމަށް ނުވަތަ ވޯޓު ނުލުމަށް ބުނެ އެއްވެސް ފަރާތަކަށް އެއްވެސް ގޮތަކުން މަޖުބޫރު ކުރުވައި އަދި ބިރުދެއްކުމުގެ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިގެން ނުވާނެއެވެ.
  14. ވަކި މީހަކަށް ވޯޓު ލުމަށް ނުވަތަ ވޯޓު ނުލުމަށް ބުނެ ރިށްވަތުގެ ގޮތުން އެއްވެސް މީހަކަށް ފައިސާ ނުވަތަ ހަދިޔާ ދީ ހަދައިގެން ނުވާނެއެވެ. އަދި މާލީގޮތުން ނުވަތަ މާއްދީގޮތުން ފައިދާއެއް ވެދާނެ ފަދަ އެއްވެސް ކަމެއް ކޮށްދީގެން އަދި ކޮށްދިނުމަށް ހުށަހަޅައިގެންވެސް ނުވާނެއެވެ.
  15. ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައި، އިސްލާމްދީނުގެ އަސްލުތަކާ ހިލާފު އެއްވެސް ވާހަކައެއް ދައްކައި، އިސްލާމްދީނުގެ ހުރުމަތް ކެނޑޭ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.
  16. ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގައި ދިވެހިރާއްޖޭގެ ގާނޫނުތަކާއި އެ ގާނޫނުތަކުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ ހިލާފު އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.

(ށ) ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ކުރުމުގެ ގޮތުން ނުވަތަ ތާއީދު ނުކުރުމުގެ ގޮތުން ވިޔަސް، ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް، އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެއެވެ. ތިރީގައި މިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ކޮށްފިނަމަ، ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް އުނިކަން ދިނީކަމަށް ބެލެވޭނެއެވެ.

  1. ކެންޑިޑޭޓަކު ތާއީދު ހޯދުމުގެ ގޮތުން ދައްކާ ވާހަކައެއްގައި، ނުވަތަ އެނޫން ގޮތަކުންވެސް، އެހެން ކެންޑިޑޭޓެއްގެ އަމިއްލަ ދިރިއުޅުމާއި އޭނާގެ ޒާތީ ކަންކަމާ ބެހުން.
  2. ސާބިތުކޮށްދެވެން ނެތް ތުހުމަތުތަކުގެ މައްޗަށް، ނުވަތަ ހިނގައިދިޔަ ކަމެއްގެ ހަގީގަތް އޮޅޭ ފަދަ ގޮތަކަށް، ކެންޑިޑޭޓަކާ ބެހޭ ގޮތުން، ނުވަތަ ކެންޑިޑޭޓަކަށް ނުވަތަ ސިޔާސީ ޕާޓީއަކަށް މަސައްކަތްކޮށްދޭ ފަރާތަކާ ބެހޭގޮތުން ވާހަކަދެއްކުން.
  3. މީހުންގެ މެދުގައި ފިތުނައާއި ރުޅިވެރިކަން އުފެއްދުމަށް މަސައްކަތްކުރުން.
  4. ތާއީދު ހޯދުމުގެ ގޮތުން ކެންޑިޑޭޓަކު، ނުވަތަ އެ ކެންޑިޑޭޓަށް ތާއީދު ހޯދަން މަސައްކަތްކުރާ މީހަކު ނުވަތަ ބަޔަކު އެ ކެންޑިޑޭޓަކަށް ތާއީދު ހޯދުމުގެ ގޮތުން ބާއްވާ ށޯތަކާއި، ރެލީތަކާއި، ވެހިކަލް ބުރުތަކަށް، އެހެން ކެންޑިޑޭޓަކު ނުވަތަ ކެންޑިޑޭޓަކަށް ތާއީދުކުރާ ބަޔަކު ހުރަސްއެޅުން.

 

20 ވަނަ މާއްދާ - ބްރޯޑްކާސްޓް ކުރުން

(ހ) ބްރޯޑްކާސްޓްކުރާ ފަރާތްތަކުން އަމަލުކުރަނީ ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) އާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށްތޯ ބެލުމާއި، އެއާ ހިލާފަށް އަމަލުކުރާ ފަރާތްތަކާ ގުޅިގެން ފަސޭހައިން ށަކުވާ ހުށަހެޅޭނެ ނިޒާމެއް އަދި ށަކުވާ އަވަހަށް ބެލޭނެ ނިޒާމެއް ގާއިމުކުރުމަކީ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިށަނުގެ ޒިންމާއެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މޯލްޑިވްސް ބްރޯޑްކާސްޓިންގކޮމިށަނަށް ށަކުވާއެއް ހުށަހެޅިއްޖެނަމަ، އެކަން އިލެކްށަންސް ކޮމިށަނަށް އަންގަންވާނެއެވެ.

 

21 ވަނަ މާއްދާ - ވޯޓުލާ މަރުކަޒުތަކުގައި ތިބޭ މީހުންގެ ލިސްޓު (އޮފިށަލުންގެ ލިސްޓު)

(ހ) ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 33 ވަނަ މާއްދާގައިވާ ގައި ބުނެފައިވާ ގޮތުގެ މަތިން، ވޯޓުލާ މަރުކަޒުތަކުގައި ތިބޭ މީހުންގެ ލިސްޓު (އޮފިށަލުންގެ ލިސްޓު) ކެންޑިޑޭޓުންނަށް ފޮނުވާއިރުގައްޔާއި، އިލެކްށަންސް ކޮމިށަނުން ލިސްޓު އާންމުކުރާއިރު، އެ ލިސްޓުގައި ހިމަނަންވާނީ، ހަމައެކަނި ވޯޓުލާ މަރުކަޒުތަކުގައި ތިބޭ މީހުންގެ ފުރިހަމަ ނަމާއި އެޑްރެހާއި ވޯޓުލާ މަރުކަޒުގައި އަދާކުރާ ހައިސިއްޔަތު އެކަންޏެވެ.

(ށ) މި މާއްދާގެ ދަށުން ކެންޑިޑޭޓުންނަށް ފޮނުވައިފައިވާ ލިސްޓާއި، އިލެކްށަންސް ކޮމިށަނުން އާންމުކުރާ ލިސްޓުގައި ހިމެނޭ އެއްވެސް މީހަކަށް، އެއްވެސް ފަރާތަކުން،އެއްވެސް ބާވަތެއްގެ ގޯނާއެއްކޮށް ނުވަތަ ވަކިކަމެއް ކުރުމަށް ނުވަތަ ވަކި ކަމެއް ނުކުރުމަށް އަންގައި ބިރުދައްކައިގެން ނުވާނެއެވެ.

 

22 ވަނަ މާއްދާ - ވޯޓުފޮށި ބަހައްޓާ ސަރަހައްދު ކަނޑައެޅުމާއި ވޯޓުފޮށި ބެހެއްޓުން

ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައި ތިބި ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަށް ބަލައި، އެ ރަށުގައި ބަހައްޓާނެ ވޯޓުފޮށީގެ އަދަދާއި، ވޯޓުފޮށި ބަހައްޓާނެ ސަރަހައްދު ކަނޑައަޅައި، އަދި އެ ސަރަހައްދަށް ވޯޓުދޭނީ ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި ހިމެނޭ މީހުންގެ ތެރެއިން ކޮން ބައެއްކަން އިލެކްށަންސް ކޮމިށަނުން ކަނޑައަޅައި، އެކަން އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.

 

23 ވަނަ މާއްދާ - ވޯޓިންގ ބޫތު

(ހ) ވޯޓުލާ ކޮންމެ މަރުކަޒެއްގައި، ވޯޓުކަރުދާހުގައި ފާހަގަޖެހުމަށް، މަދުވެގެން 1 (އެކެއް) ބޫތު ހުންނަންވާނެއެވެ. ވޯޓިންގ ބޫތު ހުންނަންވާނީ، ވޯޓުލާ މީހާ ވޯޓުކަރުދާހުގައި ޖަހާ ފާހަގަ އެހެން މީހުންނަށް ނުފެންނަ ގޮތަށެވެ.

(ށ) ވޯޓިންގ ބޫތު ހުންނަންވާނީ، ވޯޓުލާ މަރުކަޒުގައި ތިބޭ އޮފިށަލުންނަށާއި އޮބްޒާވަރުންނަށް ފަސޭހައިން ފެންނަ ހިސާބުގައެވެ. އަދި ފާހަގަޖަހާ މީހާގެ ހަރަކާތްތައް (ވޯޓުކަރުދާހުގެފޮޓޯނެގުން ފަދަ ގަވާއިދާ ހިލާފު އަމަލުތައް) އޮފިށަލުންނަށާއި އޮބްޒާވަރުންނަށް ފަސޭހައިން ފެންނަގޮތަށް ނުވަތަ ފާހަގަކުރެވޭ ގޮތަށެވެ.

 

24 ވަނަ މާއްދާ - އިންތިހާބުގެ އޮބްޒާވަރުން

(ހ) އިންތިހާބު އޮބްޒާވްކުރުމަށް އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް އެދި ހުށަހެޅުމަށްޓަކައި، އެކަމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު ހުޅުވިއްޖެކަން އަންގައި، އިލެކްށަންސް ކޮމިށަނުން އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.

(ށ) އޮބްޒާވަރެއްގެ ގޮތުގައި ކުރިމަތިލާ ފަރާތަކުން އިންތިހާބުގެ އިތުރު އެއްވެސް މަގާމަކަށް ކުރިމަތިލައިފައިވާ މީހެއްކަމުގައި ވެގެން ނުވާނެއެވެ.

 

25 ވަނަ މާއްދާ - ރާއްޖޭގެ ފަރާތްތަކުން އިންތިހާބު އޮބްޒާވްކުރުން

(ހ) އިންތިހާބު އޮބްޒާވްކުރުމަށް އޮބްޒާވަރުންގެ ގޮތުގައި ރާއްޖޭގެ ފަރާތްތަކަށް ހަރަކާތްތެރިވުމުގެ ހުއްދަ ދޫކުރެވޭނ،ީ އެކަމަށް އެދޭ ފަރާތްތަކުގެ ތެރެއިނ،ްމި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ. އިންތިހާބުގައި އޮބްޒާވަރެއްގެ ގޮތުގައި ހަރަކާތްތެރިވުމުގެ ހުއްދައަށް އެދި ހުށަހަޅާނ،ީ އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ނިޒާމުގެ ތެރެއިންނެވެ. (އިސްލާހު ކުރެވިފައި)

(ށ) އިންތިހާބު އޮބްޒާވްކުރުމަށް ހުށަހަޅާ ރާއްޖޭގެ ފަރާތްތަކުގައި އަންނަނިވި ށަރުތުތައް ފުރިހަމަ ވާންވާނެއެވެ.

  1. އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައި ވުން .
  2. ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރެވެމުންދާ މީހެއްކަމުގައި ނުވުން.
  3. ސިޔާސީ ޕާޓީތައް ފިޔަވައި މަދަނީ ޖަމާއަތަކުން ނުވަތަ އަމިއްލަ ގޮތުން ހުށަހަޅާ ފަރާތެއް ނަމަ، ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީއެއްގައި އެ މީހެއްގެ ނަން ހިމެނިފައިވާ މީހަކު ކަމުގައި ނުވުން.
  4. އެ އިންތިހާބާބެހޭ މަސައްކަތެއް އިލެކްށަންސް ކޮމިށަނުގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން.
  5. އިންތިހާބުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅައިފައިވާ ސުލޫކީ މިންގަނޑު ކިޔައި، އެއާ އެއްގޮތަށް އަމަލުކުރުމަށް އެއްބަސްވެ އިޤު ރާރުވެފައިވާ މީހަކު ކަމުގައި ވުން؛ (އިތުރު ކުރެވިފައި)
  6. ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ސުލޫކީ މިންގަނޑާ ހިލާފުވެގެން ފިޔަވަޅެއް އަޅައިފައިވާ މީހަކު ކަމުގައި ނުވުނ،ް ނުވަތަ އިންހާބީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން. (އިތުރު ކުރެވިފައި)

(ނ) ސިޔާސީ ޕާޓީތަކަށާއި، ޖަމްއިއްޔާތަކަށް އޮބްޒާވްކުރުމަށް ފާސް ދޫކުރެވޭނީ، ކޮންމެ ސިޔާސީ ޕާޓީއަކަށާއި، ޖަމްއިއްޔާއަކަށް، އިންތިހާބުގައި ވޯޓުލުމަށް ބަހައްޓާ ވޯޓުފޮށީގެ އަދަދަށްވުރެ %10 (ދިހައެއް އިންސައްތަ) އިތުރުނުވާ ގޮތަށެވެ.

(ރ) (އުނި ކުރެވިފައި)

(ބ) (އުނި ކުރެވިފައި)

(ޅ) ސިޔާސީ ޕާޓީތަކަށާއި ޖަމްއިއްޔާތަކަށް ދޫކުރެވޭ އޮބްޒާވަރު ފާސް އެ ފަރާތްތަކުން ބޭނުންކުރަންވާނީ އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.

(ކ) ސިޔާސީ ޕާޓީއެއް ނުވަތަ ޖަމްއިއްޔާއެއް ތަމްސީލުކުރާ އޮބްޒާވަރަކު ވޯޓުލާ މަރުކަޒުގައި ހުއްޓާ، ހަމަ އެ މަރުކަޒަށް އެ ސިޔާސީ ޕާޓީ ނުވަތަ އެ ޖަމްއިއްޔާ ތަމްސީލުކުރާ ދެވަނަ އޮބްޒާވަރަކަށް ނުވަދެވޭނެއެވެ.

 

26 ވަނަ މާއްދާ - ބައިނަލްއަގުވާމީ ފަރާތްތަކުން އިންތިހާބު އޮބްޒާވްކުރުން

(ހ) ބައިނަލްއަގުވާމީ ފަރާތްތަކަށް އިންތިހާބު އޮބްޒާވް ކުރެވޭނީ، އިލެކްށަންސް ކޮމިށަނުން ދޭ ދައުވަތަކަށް ނުވަތަ އިންތިހާބު އޮބްޒާވްކުރުމަށް ބޭނުންވާ ފަރާތްތައް ހޯދުމަށް އެދި އިއުލާނު ކުރުމުން އެކަމަށް އެދޭ ފަރާތްތަކުގެ ތެރެއިން ތިރީގައިވާ ށަރުތުތައް ފުރިހަމަވުމާއެކު އިލެކްށަންސް ކޮމިށަނުން އެކްރެޑިޓްކުރާ ނުވަތަ ހުއްދަ ދޫކުރާ ފަރާތްތަކަށެވެ. (އިސްލާހު ކުރެވިފައި)

  1. އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހެއް ކަމުގައި ވުން؛
  2. އެ މީހަކު ތަމްސީލުކުރާ ބައިނަލްއަގުވާމީ ފަރާތުން އެކްރެޑިޓް ކޮށްފައިވާ މަންދޫބަކަށް ވުން؛
  3. އެއްވެސް ކެންޑިޑޭޓަކަށް ނުވަތަ ސިޔާސީ ޕާޓީއަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރާ މީހަކަށް ނުވުން. 

(ށ) ބައިނަލްއަގުވާމީ ފަރާތްތަކުން އިންތިހާބު އޮބްޒާވްކުރުމަށް އެދޭ ހާލަތުގައި، ވޯޓުލާ މަރުކަޒަށް ތަރުޖަމާނަކު ނުވަތަ ލިއޭޒަން އޮފިސަރަކު ވެއްދުމުގެ ހުއްދަ،އިލެކްށަންސް ކޮމިށަނަށް ދެވިދާނެއެވެ. (އިސްލާހު ކުރެވިފައި)

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން ތަރުޖަމާނަކު ނުވަތަ ލިއޭޒަން އޮފިސަރަކު ހަމަޖެއްސުމާ ގުޅޭ ކަންކަން އިލެކްށަންސް ކޮމިށަނުން އަންގާ ގޮތެއްގެ މަތީން ހަމަޖައްސަންވާނެއެވެ. (އިސްލާހު ކުރެވިފައި)

 

27 ވަނަ މާއްދާ - އޮބްޒާވަރުންގެ އިގްރާރާއި، އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑު

މި ގަވާއިދުގެ ދަށުން އިންތިހާބުގައި އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުނ،ް އެ އިންތިހާބަކާ ގުޅޭ ހާއްސަ ގަވާއިދުގައިވާ އޮބްޒާވަރުންގެ ސުލޫކީ މިންގަނޑާ އެއްގޮތަށް އަމަލުކުރަންވާނެއެވެ. މި ގޮތުނ،ް އެ އިންތިހާބަކަށް ކުރާ އިއުލާނުގައި އެ އިންތިހާބަކާ ގުޅޭ ސުލޫކީ މިންގަނޑު ހިމަނަންވާނެއެވެ. (އިސްލާހު ކުރެވިފައި)

 

28 ވަނަ މާއްދާ - މޮނިޓަރުކުރުން

(ހ) އިންތިހާބުގައި ވޯޓުނަގާ ދުވަހު ވޯޓުލުމުގެ ކަންތައްތައް ރިޕޯޓަރުންގެ ހައިސިއްޔަތުން މޮނިޓަރ ކުރުމަށްޓަކައި ވޯޓުލާ ސަރަހައްދުތަކުގައްޔާއި ވޯޓުގުނާ ތަންތަނުގައި ހަރަކާތްތެރިވެވޭނީ، މި ގަވާއިދުގެ ދަށުން އެކަމަށް އިލެކްށަންސް ކޮމިށަނުން ހުއްދަދޭ، ކަމާ ގުޅުންހުރި މުއައްސަސާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ ނޫސް މަޖައްލާއަކުން ކަނޑައަޅާ މީހުންނަށާއި، ހަބަރު ފަތުރާ ފަރާތްތަކަށެވެ.

(ށ) އިންތިހާބުގައި ވޯޓުނަގާ ދުވަހު ވޯޓުލުމުގެ ކަންތައްތައް ރިޕޯޓަރުންގެ ހައިސިއްޔަތުން މޮނިޓަރ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވިއްޖެކަން އަންގައި، އެކަން އިލެކްށަންސް ކޮމިށަނުން އާންމުކޮށް އިއުލާނު ކުރަންވާނެއެވެ. އަދި މި މުއްދަތުގައި މޮނިޓަރަކަށް ވުމަށް އެދި ހުށަހަޅާ ފަރާތްތަކަށް، ވޯޓުނަގާ ދުވަހުގެ މަދުވެގެން 10 (ދިހައެއް) ދުވަހުގެ ކުރިން، މި ގަވާއިދުގައިވާ ގޮތުގެ މަތިން ހުއްދަ ދޫކުރަންވާނެވެ.

(ނ) އިންތިހާބުގައި ވޯޓު ނަގާ ދުވަހު ރިޕޯޓަރުންގެ ހައިސިއްޔަތުން ވޯޓުލުމުގެ ކަންތައްތައް މޮނިޓަރ ކުރުމުގެ ފުރުސަތު ދެވޭނ،ީ އެކަމަށް އެދި އިލެކްށަންސް ކޮމިށަނަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިނ،ް މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ހަމަވާ ފަރާތްތަކަށެވެ. އިންތިހާބުގައި ރިޕޯޓަރުންގެ ހައިސިއްޔަތުން މޮނިޓަރ ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާނ،ީ އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ނިޒާމުގެ ތެރެއިންނެވެ. (އިސްލާހު ކުރެވިފައި)

(ރ) އިންތިހާބުގައި ވޯޓުނަގާ ދުވަހު ވޯޓުލުމުގެ ކަންތައްތައް ރިޕޯޓަރުންގެ ހައިސިއްޔަތުން މޮނިޓަރ ކުރުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ އަންނަނިވި ށަރުތުތައް ފުރިހަމަވާން ޖެހޭނެއެވެ.

  1. އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހެއް ކަމުގައި ވުން.
  2. ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރެވެމުންދާ މީހެއްކަމުގައި ނުވުން.

  3. (ހ) ކަމާ ގުޅުންހުރި މުއައްސަސާއެއްގައި ރަޖިސްޓަރީކޮށްފައިވާ ރޭޑިއޯ/ޓީވީ ސްޓޭށަނެއްގައި މަސައްކަތްކުރާ މީހެއްކަން އިލެކްށަންސް ކޮމިށަނަށް ކަށަވަރުވާ މީހެއް ކަމުގައި ވުން؛ ނުވަތަ
    (ށ) ގާނޫނު ނަންބަރު 1978-47 (ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ނޫސް، މަޖައްލާއެއްގައި މަސައްކަތްކުރާ މީހެއްކަން އިލެކްށަންސް ކޮމިށަނަށް ކަށަވަރުވާ މީހެއް ކަމުގައި ވުން؛ނުވަތަ
    (ނ) ބައިނަލްއަގުވާމީ މީޑިއާއެއްގައި މަސައްކަތްކުރާ މީހެއްކަން އިލެކްށަންސް ކޮމިށަނަށް ކަށަވަރުވާ މީހެއް ކަމުގައި ވުން.
  4. އިންތިހާބާބެހޭ މަސައްކަތެއް ކުރުމަށް އިލެކްށަންސް ކޮމިށަ ނުގެ ފަރާތުން ހަވާލުވެގެން ހުރި މީހެއް ކަމުގައި ނުވުން.
  5. އިންތިހާބުގައި އިތުރު އެހެން މަގާމަކަށް ކުރިމަތިލައިފައިވާ މީހެއްކަމުގައި ނުވުން.
  6. ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ސުލޫކީ މިންގަނޑާ ހިލާފުވެގެން ފިޔަވަޅެއް އަޅައިފައިވާ މީހަކު ކަމުގައި ނުވުނ،ް ނުވަތަ އިންތިހާބީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛ (އިތުރު ކުރެވިފައި)
  7. އިންތިހާބުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅައިފައިވާ ސުލޫކީ މިންގަނޑު ކިޔައި، އެއާ އެއްގޮތަށް އަމަލުކުރުމަށް އެއްބަސްވެ އިޤު ރާރުވެފައިވާ މީހަކު ކަމުގައި ވުން. (އިތުރު ކުރެވިފައި)

(ބ) ރަޖިސްޓަރީ ކޮށްފައިވާ ނޫސް މަޖައްލާ އަދި ހަބަރު ފަތުރާ އިދާރާތަކަށް މޮނިޓަރކުރުމަށް ފާސްދޫކުރެވޭނީ، އެއިން ކޮންމެ ފަރާތަކަށް، އިންތިހާބުގައި ވޯޓުލާ އަދި ވޯޓުގުނާ ކޮންމެ ސަރަހައްދަކަށް އެކަކަށްވުރެ އިތުރުނުވާ ގޮތަށެވެ.

(ޅ) މި ގަވާއިދުގެ ދަށުން އިންތިހާބުގައި މޮނިޓަރ ކުރުމަށް ހުއްދަ ދޫކޮށްފައިވާ ފަރާތްތަކުން ވޯޓުލާ ސަރަހައްދުގައި ނުވަތަ ވޯޓުގުނާ ތަނުގައި ފޮޓޯ ނަގައި، އަޑާއި މަންޒަރު ރެކޯޑް ކުރެވޭނީ، ތިރީގައި މިވާ ގޮތުގެ މަތިންނެވެ.

  1. ވޯޓުލާ ސަރަހައްދުގައި، ވޯޓުލާ ބޫތާ 10 (ދިހައެއް) ފޫޓަށްވުރެ ކައިރިނުވާ ގޮތަށެވެ.
  2. ވޯޓުގުނާ މަރުކަޒުގައި، ވޯޓުގުނާ މީހުންނަށް ދަތިނުވާ ގޮތަށެވެ.

(ކ) މޮނިޓަރ ކުރުމަށް ހުއްދަ ދޫކޮށްފައިވާ ފަރާތްތަކުން އިންތިހާބުގެ މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވާއިރު، އެކަމަށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ފާހެއް، އެ މީހުންގެ ހެދުމުގައި ފެންނަގޮތަށް ހަރުކޮށްފައި ހުންނަން ވާނެއެވެ.

(އ) އިންތިހާބުގައި މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން، އެ އިންތިހާބެއްގެ ހާއްސަ ގަވާއިދުގައިވާ، މޮނިޓަރުންގެ ސުލޫކީ މިންގަނޑާ އެއްގޮތަށް އަމަލުތައް ބަހައްޓަންވާނެއެވެ.

 

29 ވަނަ މާއްދާ - ކެންޑިޑޭޓުންގެ މަންދޫބުން

(ހ) ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 42 ވަނަ މާއްދާގެ ދަށުން އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކަށް ކެންޑިޑޭޓުންގެ ފަރާތުން އައްޔަނުކުރާ މަންދޫބުންގެ ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވިއްޖެކަން އަންގައި، އެކަން އިލެކްށަންސް ކޮމިށަނުން އާންމުކޮށް އިއުލާނު ކުރަން ވާނެއެވެ.

(ށ) އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކަށް ކެންޑިޑޭޓުންގެ ފަރާތުން އައްޔަނުކުރާ މަންދޫބުންނަށް އެކަމުގެ ހުއްދަ ދޫކުރެވޭނީ، އެކަމަށް ޓަކައި އިއުލާނު ކުރުމުން، އެ މުއްދަތުގައި އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ. އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކަށް ކެންޑިޑޭޓުންގެ ފަރާތުން އައްޔަނުކުރާ މަންދޫބުންގެ ނަން ހުށަހަޅާނީ އެކަމަށް ޓަކައި އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ނިޒާމެއްގެ ތެރެއިން ނުވަތަ އެކަމަށް ހާއްސަ ކޮށްފައިވާ ފޯމުންނެވެ. (އިސްލާހު ކުރެވިފައި)

(ނ) ވޯޓުލާ މަރުކަޒަށް ކެންޑިޑޭޓުން އައްޔަނުކުރާ މަންދޫބުންގެ ގޮތުގައި ކަނޑައަޅާ މީހުންގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

  1. އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައި ވުން .
  2. ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރެވެމުންދާ މީހެއްކަމުގައި ނުވުން.
  3. އެ އިންތިހާބަކާބެހޭ އެއްވެސް މަސައްކަތެއް ކުރުމަށް އިލެކްށަންސް ކޮމިށަނުގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން.
  4. ފަނޑިޔާރެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ މެންބަރެއް/ ވެރިއެއް ކަމުގައި ނުވުން.
  5. ދިވެހި ފުލުހެއް ކަމުގައި ނުވަތަ ސިފައިންގެ މީހެއް ކަމުގައި ނުވުން.
  6. ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި މީހަކު ކަމުގައި ނުވުން.
  7. އިންތިހާބުގައި އިތުރު މަގާމަކަށް ކުރިމަތިލައިފައިވާ މީހެއް ކަމުގައި ނުވުން.

(ރ) ވޯޓުނެގުން އޮންނަ ދުވަހު، ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް، ކެންޑިޑޭޓުގެ މަސްލަހަތު އޮންނަ، ވޯޓުނަގާ ގުނާ ކޮންމެ މަރުކަޒަކަށް، ކޮންމެ ކެންޑިޑޭޓެއްގެ ފަރާތުން އައްޔަނު ކުރެވޭނީ 1 (އެކެއް) މަންދޫބެވެ.

(ބ) މި ގަވާއިދުގެ ދަށުން ވޯޓުލާ މަރުކަޒަށް ކެންޑިޑޭޓުން އައްޔަނުކުރާ މަންދޫބުންގެ ގޮތުގައި އައްޔަނު ކޮށްފައިވާ ފަރާތުން ވޯޓުލާ ސަރަހައްދުގައި ނުވަތަ ވޯޓު ގުނާ ތަނުގައި ހަރަކާތްތެރިވާއިރު، އެކަމަށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ފާހެއް، އެ މީހުންގެ ހެދުމުގައި ފެންނަގޮތަށް ހަރުކޮށްފައި ހުންނަން ވާނެއެވެ. މިގޮތުން އެ ފަރާތްތަކަށް ދޫކުރާ ފާސް އެ ފަރާތްތަކުން ބޭނުންކުރަންވާނީ އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.

(ޅ) ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން، އެ އިންތިހާބާ ބެހޭ ހާއްސަ ގަވާއިދުގައިވާ ކެންޑިޑޭޓުންގެ މަންދޫބުންގެ ސުލޫކީ މިންގަނޑާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.

 

29-1 ވަނަ މާއްދާ - އިންތިހާބެއްގައި ވޯޓު ނަގާ ދުވަހު، އޮބްޒާވަރެއް ނުވަތަ މޮނިޓަރެއް ނުވަތަ ކެންޑިޑޭޓުން (ސުރުހީއާއި މާއްދާ އިތުރު ކުރެވިފައި)

އައްޔަނުކުރާ މަންދޫބެއްގެ ހައިސިއްޔަތުން ހަރަކާތްތެރިވުމަށް ހުށަހަޅާ މީހަކީ، އޮބްޒާވަރުންނާއި، މޮނިޓަރުންނާއި، ކެންޑިޑޭޓުން އައްޔަނުކުރާ މަންދޫބެއްގައި ހުރުން މި ގަވާއިދުގެ މާއްދާތަކުން ލާޒިމްކުރާ ށަރުތުތައް ފުރިހަމަވާ މީހެއްކަމުގައި ވިޔަސް، އެ މީހަކީ އޭނާގެ މައްޗަށް އިންތިހާބީ ކުށެއް ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ސާބިތުވެފައިވާ މީހެއްނަމަ، ނުވަތަ އިންތިހާބުގައި އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާކަން އިލެކްށަންސް ކޮމިށަނަށް ސާބިތުވެފައިވާ މީހެއްނަމަ، އެ މީހަކަށް އިންތިހާބުގައި އޮބް ޒާވަރެއްގެ ގޮތުގައި، ނުވަތަ މޮނިޓަރެއްގެ ގޮތުގައި، ނުވަތަ ކެންޑިޑޭޓުންގެ މަންދޫބެއްގެ ގޮތުގައި ހަރަކާތްތެރިވުމުގެ ހުއްދަ ދޫނުކުރުމުގެ އިހްތިޔާރު، އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ. 

 

30 ވަނަ މާއްދާ - ކެންޑިޑޭޓުންގެ މަންދޫބުންނާއި، އޮބްޒާވަރުންނާއި، މޮނިޓަރުން އަމަލުކުރަންވީ ގޮތް

(ހ) އިންތިހާބުގެ ކަންތައްތައް ކުރިއަށްދާއިރު އިންތިހާބުގެ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމަށް ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުން ވެސް ސުލޫކީ މިންގަނޑަށް އަމަލު ކުރަންވާނެއެވެ.

(ށ) ވޯޓުލުމާއި ވޯޓުގުނުމުގެ މަސައްކަތް ހިނގަމުންދާއިރު، އެ މަސައްކަތަށް ދަތިނުވާނޭ ގޮތުގެ މަތިން އޮބްޒާވަރުންނާއި، މޮނިޓަރުންނާއި، ކެންޑިޑޭޓުންގެ މަންދޫބުންނަށް ހަކާތްތެރިވެވިދާނެއެވެ.

(ނ) ވޯޓުލާ މަރުކަޒުގެ އިސްވެރިޔާގެ ފަރާތުން އޮބްޒާވަރުންނާއި މޮނިޓަރުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން އެދިއްޖެނަމަ، އެ ވަގުތަކާ ހަމައަށް އެ ވޯޓުލާ މަރުކަޒަށް ވޯޓުލީ މީހުންގެ އަދަދާއި ބާކީ ހުރި ވޯޓުކަރުދާހުގެ އަދަދު ހާމަކޮށްދިނުމުގެ އިހްތިޔާރު ލިބިގެންވެއެވެ.

(ރ) އޮބްޒާވަރުން ނުވަތަ މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުން، އިންތިހާބާބެހޭ ކަންކަމުގައި އިލެކްށަންސް ކޮމިށަނުން އައްޔަނު ކޮށްފައިވާ އޮފިށަލުންނަށް ފުރިހަމަ އެއްބާރުލުންދީ އެހީތެރިކަން ދޭންވާނެއެވެ. އަދި އެ މީހުންގެ މައްޗަށް އެއްވެސް ވަރެއްގެ ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްގެން ނުވާނެއެވެ.

 

31 ވަނަ މާއްދާ - އޮބްޒާވަރުންނާ މޮނިޓަރުންނާ ކެންޑިޑޭޓުންގެ މަންދޫބުން ގަވާއިދާ ހިލާފުވުން

އޮބްޒާވަރުންނާއި، މޮނިޓަރުންނާއި، ކެންޑިޑޭޓުންގެ މަންދޫބުން، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) އާއި، އެ އިންތިހާބާ ބެހޭ ހާއްސަ ގާނޫނާއި، މި ގަވާއިދާ ހިލާފަށް އެއްވެސް އަމަލެއް ކޮށްފިނަމަ، ނުވަތަ ކުރަން އުޅޭކަން ކަށަވަރުވެއްޖެނަމަ، އެ އޮބްޒާވަރެއްގެ ނުވަތަ މޮނިޓަރެއްގެ ނުވަތަ މަންދޫބެއްގެ ފާސް ހިފަހައްޓައި، އޭނާއަށް އެ ސަރަހައްދުން ނުކުތުމަށް އެންގުމުގެ އިހްތިޔާރު، އެ ވޯޓުލާ މަރުކަޒެއްގެ އިސްވެރިޔާއަށް ލިބިގެންވެއެވެ. އަދި އެ ގޮތަށް އެންގުމުން، އެ ކަމަށް އަމަލު ނުކޮށްފިނަމަ، ސެކިއުރިޓީ ބަލަހައްޓާ ފަރާތުން، އެ މީހެއްގެ ފާސް އަތުލައި، އެ މީހަކު އެ ސަރަހައްދުން ނެރެންވާނެއެވެ.

 

32 ވަނަ މާއްދާ - ވޯޓު ނެގުން ކުރިއަށްދާނެ ގޮތް އާންމުކުރުން

އެ އިންތިހާބެއްގައި ވޯޓު ނެގުން ކުރިއަށް ގެންދާނެ ގޮތުގެ ތަފުސީލު، އެ އިންތިހާބެއްގެ ވޯޓު ނަގާ ދުވަހުގެ ކުރިން އިލެކްށަންސް ކޮމިށަނުން އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.

 

33 ވަނަ މާއްދާ - ވޯޓުނަގާ ދުވަހު ކުރުން މަނާ ކަންތައްތައް

ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 44 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ވޯޓުލުމަށް ޓަކައި ވޯޓުލާ މަރުކަޒަށް ވަންނަ މީހަކު ކަޅުކުލައިގެ ނުވަތަ ނޫކުލައިގެ އާދައިގެ ގަލަމެއް ފިޔަވައި، އެހެން އެއްޗެއް ވޯޓުލާ މަރުކަޒަށް ވައްދައިގެން ނުވާނެއެވެ. އަދި ފޯނާއި އަތްދަބަހާއި އަޑު ނުވަތަ މަންޒަރު ރިކޯޑުކުރެވ ފަދަ ތަކެއްޗާއި ފައިލް ފަދަ، ކެންޑިޑޭޓުންގެ ހައްގުތަކަށް އުނިކަމެއް ލިބިދާނެކަމަށް ބެލެވޭ އެއްވެސް ވަސީލަތެއް ވޯޓުލާ މަރުކަޒަށް ވެއްދުމަކީ މަނާކަމެކެވެ. (އިސްލާހު ކުރެވިފައި)

 

34 ވަނަ މާއްދާ - ވޯޓުނެގުމަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން

(ހ) އިންތިހާބުގައި ވޯޓުނެގުމަށް ބޭނުންވާ ހުރިހާ ތަކެތި، ވޯޓުނަގަން ފަށާ ވަގުތު ޖެހުމުގެ ކުރިން ވޯޓުލާ މަރުކަޒުގެ އޮފިށަލުންގެ ހަވާލުގައި، ވޯޓުލާ މަރުކަޒަށް ފޮނުވުމުގެ އިންތިޒާމު، އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ފަރާތަކުން ހަމަޖައްސަން ވާނެއެވެ.

(ށ) ވޯޓުލާ ކޮންމެ މަރުކަޒެއްގައި، އެ އިންތިހާބުގައި އެ މަރުކަޒެއްގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއެއް އޮންނަންވާނެއެވެ. މި ލިސްޓުގައި ހިމެނޭ މީހުންގެ ފުރިހަމަ ނަމާއި، ޖިންސާއި، އަތޮޅާއި، ރަށާއި، އެޑްރެހާއި، އުފަން ތާރީހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު އެނގެން އޮންނަން ވާނެއެވެ.
(ނ) މޫނު ބުރުގާ އަޅައި މޫނު ނިވާކޮށްފައިތިބޭ މީހުންގެ މޫނު ބަލައި، އެ މީހަކީ ކާކުކަން ކަށަވަރުކުރާނެ އިންތިޒާމު، ކޮންމެ ވޯޓުލާ މަރުކަޒެއްގައި ހުންނަންވާނެއެވެ.

 

35 ވަނަ މާއްދާ - ޖިސްމާނީ ގޮތުން ނުކުޅެދިގެންވާ މީހުންނަށް ވޯޓުކަރުދާހުގައި ފާހަގަ ޖެހުމުގައި އެހީތެރިވެދިނުން (ސުރުހީ އިސްލާހު ކުރެވިފައި)

(ހ) ވޯޓުކަރުދާހުގައި ފާހަގަ ޖެހުމަށް ޖިސްމާނީގޮތުން ނުކުޅެދިގެންވާ މީހަކު ވޯޓުކަރުދާހުގައި ފާހަގަ ޖެހުމުގައި، ވޯޓުފޮށީގެ ވެރިޔާގެ ހުއްދަޔާއެކު އެހެން މީހަކު އޭނާއަށް އެހީވެދިނުމަކީ ހުއްދަކަމެކެވެ.

(ށ) ވޯޓުކަރުދާހުގައި ފާހަގަޖެހުމަށް ޖިސްމާނީގޮތުން ނުކުޅެދުންތެރިކަން ހުރި މީހުން ކަމަށް ބަލައިގެން އެހީތެރިކަން ފޯރުކޮށްދެވޭނީ އަންނަނިވި ފަރާތްތަކަށެވެ.

  1. ލޯފަން މީހުން ނުވަތަ ލޮލަށް ނުފެނުމުގެ ސަބަބުން ވޯޓުކަރުދާހުގައި ފާހަގައެއް ޖެހޭވަރު ނުވާ މީހުން.
  2. ދެއަތް ބޭނުން ނުކުރެވޭ މީހުން.
  3. މުސްކުޅިވެ ގައިބާރު ދެރަވުމުގެ ސަބަބުން އެ މީހެއްގެ އަތުން ވޯޓުކަރުދާހުގައި ފާހަގައެއް ޖެހޭވަރު ނުވާ މީހުން.

(ނ) ވޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަޖެހޭވަރުގެ މީހަކަށް، ޖިސްމާނީގޮތުން ނުކުޅެދުންތެރިކަން ހުރި މީހެއްކަމަށް ބަލައިގެން ވޯޓުކަރުދާހުގައި ފާހަގަޖެހުމުގައި އެހީތެރިއަކު ބޭނުންކުރުމުގެ ފުރުސަތު، ވޯޓުލާ މަރުކަޒުގެ ވެރިޔާ ދީގެން ނުވާނެއެވެ.

(ރ) ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހަކ،ު އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓުކަރުދާހުގައި ފާހަގަ ޖެހުމަށް ޓަކައި، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) 1-45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަ ތީން ވޯޓުލުމުގެ އިންތިޒާމު އިލެކްށަންސް ކޮމިށަނުން ހަމަޖައްސައިދޭންވާނެއެވެ. (އތުރު ކުރެވިފައި)

(ބ) މި މާއްދާގެ (ރ) ގެ ބޭނުމަށް އިލެކްށަންސް ކޮމިށަނުން ބޭނުންވާ އެހީތެރިކަން އިލެކްށަންސް ކޮމިށަނުން އެދޭ ގޮތެއްގެ މަތީން ގުޅުންހުރި އިދާރާތަކުން ފޯރުކޮށްދޭންވާނެއެވެ. (އތުރު ކުރެވިފައި)

 

36 ވަނަ މާއްދާ - ވޯޓުކަރުދާސް ދޫކުރުން

(ހ) ވޯޓުލުމަށްޓަކައި ވޯޓު ކަރުދާސް ދޫކުރުމުގެ ކުރިން، އެ މީހަކީ ކާކުކަން އަންގައިދިނުމަށްޓަކައި، އެ މީހަކީ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް، ވޯޓު ނެގުމާބެހޭ ކަންތައްތައް ބަލަހައްޓަން ތިބޭ މީހުންނަށް ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހަޅާ ކޮންމެ ލިޔުމަކީ، މުއްދަތު ހަމަނުވާ ލިޔުމަކަށް ވާންވާނެއެވެ. ވޯޓުލާން އަންނަ މީހާއަށް ވޯޓުލުމުގެ ފުރުސަތު ދެވޭނީ، އެ މީހަކު ހުށަހަޅާ ކާކުކަން އަންގައިދޭ ލިޔުމުގައިވާ ފޮޓޯއާއި އޭނާގެ މޫނާ އަޅައިބެލުމަށްފަހު، އެއީ އެ މީހާކަން ކަށަވަރު ކުރުމަށް ފަހުގައެވެ.

(ށ) ވޯޓުލާން އަންނަ މީހާއަށް ދޫކުރެވުނީ، އެ މީހަކު ވޯޓުލާންޖެހޭ ވޯޓު ކަރުދާސްކޮޅުކަން، ވޯޓުކަރުދާސް ދޫކުރާ އޮފިށަލް ކަށަވަރުކުރަންވާނެއެވެ.

(ނ) (ނ) މި މާއްދާއާ ހިލާފަށް އަމަލުކުރާ އޮފިށަލަކާމެދު، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 74 ވަނަ މާއްދާގައި ވާގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ.

 

37 ވަނަ މާއްދާ - ވޯޓުނެގުން މެދުކެނޑުން (އުނި ކުރެވިފައި)

 

38 ވަނަ މާއްދާ ވޯޓުނެގުމާއި ވޯޓު ގުނުމާބެހޭ ކަންތައްތައް ބަލަހައްޓާ މީހުންގެ މަސްއޫލިއްޔަތު

ވޯޓުނެގުމާއި ވޯޓު ގުނުމާބެހޭ ކަންތައްތައް ބަލަހައްޓާ މީހުންގެ މަސްއޫލިއްޔަތު، ވޯޓުލާ މަރުކަޒުގައި މަސައްކަތްކުރާ އޮފިށަލުންގެ އަތްމަތީ ފޮތުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

39 ވަނަ މާއްދާ - ބާތިލު ވޯޓު (ސުރުހީއާއި މުޅި މާއްދާ އިސްލާހު ކުރެވިފައި)

ސައްހަ ވޯޓު ކަމުގައި ބަލާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް ފާހަގަ ޖަހައިފައިވާ ވޯޓުތަކަށެވެ.

  1. ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 36 ވަނަ މައްދާގައިވާ ގޮތުގެ މަތީން އިންތިހާބަށް އިލެކްށަންސް ކޮމިށަނުން ތައްޔާރުކޮށްފައިވާ ވޯޓު ކަރުދާސް ނޫން ކަރުދާހެއްގައި ދީފައިވާ ކޮންމެ ވޯޓެއް؛ (އިސްލާހު ކުރެވިފައި)
  2. އެއްވެސް ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ފާހަގަ ޖަހައިފައި ނުވާ ވޯޓު؛ (އިސްލާހު ކުރެވިފައި)
  3. ގާނޫނާ ހިލާފަށް ދީފައިވާ ވޯޓެއްކަން އެނގޭ ވޯޓު؛ (އިސްލާހު ކުރެވިފައި)
  4. ވޯޓު ދޭ މީހާ ވޯޓުދ ވަކި ކެންޑިޑޭޓެއް ކަށަވަރުކުރަން ނޭނގޭ ގޮތަށް ދީފައިވާ ވޯޓު؛ (އިސްލާހު ކުރެވިފައި)
  5. 1 (އެކެއް) ކެންޑިޑޭޓަށް ވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހައިފައިވާ ވޯޓު؛ (އިސްލާހު ކުރެވިފައި)
  6. ވޯޓު ކަރުދާހުގައި އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު 1 (އެކެއް) ފާހަގަ ޖެހުމުގެ އިތުރުން، އިތުރު އެހެން ފާހަގައެއް ޖަހައިފައިވާ ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރަހައިފައިވާ ވޯޓު؛ (އިތުރު ކުރެވިފައި)
  7. ވޯޓު ކަރުދާހުގައި އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި 1 (އެކެއް) ރަނގަޅު ފާހަގައަށްވުރެ ގިނަ ރަނގަޅު ފާހަގަ ޖަހައިފައިވާ ވޯޓު؛ (އިތުރު ކުރެވިފައި)
  8. ވޯޓު ކަރުދާހުގައި އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ކަޅުކުލައިގެ ނުވަތަ ނޫކުލައިގެ އާދައިގެ ގަލަމެއް ފިޔަވައި، އެހެން ކުލައެއްގެ ގަލަމަކުން ނުވަތަ އެއްޗަކުން ފާހަގަ ޖަހައިފައިވާ ވޯޓު. (އިތުރު ކުރެވިފައި)

(ށ) ބާތިލު ވޯޓެއްކަމަށް ކަނޑައެޅުމުގައި ވޯޓު ގުނަން ތިބޭ މީހުންގެ މެދުގައި ހިލާފެއް އުފެދިއްޖެ ހިނދެއްގައި، އެ ވޯޓު އެއީ ބާތިލު ވޯޓެއްކަން ނުވަތަ ބާތިލު ވޯޓެއް ނޫންކަން ކަނޑައަޅާނީ، ވޯޓުލާ މަރުކަޒުގެ އިސްވެރިޔާއެވެ. (އިތުރު ކުރެވިފައި)

 

40 ވަނަ މާއްދާ - ވޯޓުލާ މަރުކަޒުތަކުގެ ވަގުތީ ނަތީޖާ އިއުލާނު ކުރުން

(ހ) ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 57 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އެ މަރުކަޒެއްގެ ވަގުތީ ނަތީޖާ އިއުލާނު ކުރުމަށްފަހު، އެ މަރުކަޒުގެ ނަތީޖާ ށީޓުގައި ސޮއިކުރުމަށްފަހު، އެ ނަތީޖާ ށީޓު، އާންމުންނަށް ފެންނާނނޭހެން ބަހައްޓަންވާނެއެވެ.

(ށ) ވޯޓުލާ މަރުކަޒުތަކުން ވޯޓުގެ ނަތީޖާ އިއުލާނު ކުރުމަށްފަހު، އެ ނަތީޖާ، މާލޭގައި ހުންނަ ވޯޓާބެހޭ މައި މަރުކަޒަށް ފޮނުވުމުން، އިލެކްށަންސް ކޮމިށަނުން ވޯޓުލާ މަރުކަޒުތަކުގެ ނަތީޖާތަކުގެ މައްޗަށް ބިނާކޮށް ވަގުތީ ނަތީޖާ އިއުލާނު ކުރަންވާނެއެވެ.

 

41 ވަނަ މާއްދާ - އިންތިހާބީ ދާއިރާތަކުގެ ވަގުތީ ނަތީޖާ އިއުލާނުކުރުން

ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 60 ވަނަ މާއްދާގެ ދަށުން އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނު ކުރާނީ، ވޯޓުލާ މަރުކަޒުތަކުން އިލެކްށަންސް ކޮމިށަނަށް ފޮނުވައިފައިވާ ނަތީޖާތަކަކީ އެ މަރުކަޒެއްގައި އިއުލާނު ކުރި ނަތީޖާތޯ ކަށަވަރު ކުރުމަށް ފަހުގައެވެ.

 

42 ވަނަ މާއްދާ - ރަސްމީ ނަތީޖާ އިއުލާނު ކުރުން

އެ އިންތިހާބެއްގެ ހާއްސަ ގާނޫނުގައި ނުވަތަ ގަވާއިދުގައި ބަޔާންކޮށްފައިވާ މުއްދަތުގައި، އެ އިންތިހާބުގެ ރަސްމީ ނަތީޖާ އިލެކްށަންސް ކޮމިށަނުން އާންމުކޮށް އިއުލާނުކޮށް ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަން ވާނެއެވެ. އަދި އެ އިންތިހާބެއްގައި އިންތިހާބުވި ފަރާތްތައްވެސް އެ އިއުލާނުގައި ހާމަކުރަންވާނެއެވެ.

 

43 ވަނަ މާއްދާ - އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯތައް އުފެއްދުން

(ހ) ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 62 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އިންތިހާބާ ގުޅިގެން ހުށަހެޅ މައްސަލަތައް ބެލުމަށް، އިންތިހާބަށް ކުރިމަތިލުމަށް އިއުލާނުކުރުމާއެކު، އޮނަހިރި އަދަދެއްގެ މައްޗަށް އެކުލެވ ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއެއް އުފައްދަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ށަކުވާގެ ނިޒާމުފަސޭހަކުރުމަށް ޓަކައި، ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއެއްގެ އިތުރުން، އިތުރު ކޮމްޕްލެއިންޓްސް ބިއުރޯތައް ގާއިމުކުރެވިދާނެއެވެ. (އިސްލާހު ކުރެވިފައި)

(ނ) ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯ ނުވަތަ ކޮމްލެއިންޓްސް ބިއުރޯ އުފެއްދުމާ އެކުގައި، ބިއުރޯތައް ގާއިމުވެފައިވާ ތަނާއި، ގުޅޭނެ ފޯނު ނަންބަރާއި،އީމެއިލް އެޑްރެހާއި، ހުޅުވައިފައި ހުންނާނެ ގަޑިތައް އާންމުކޮށް އިއުލާނުކުރަން ވާނެއެވެ. (އިސްލާހު ކުރެވިފައި)

(ރ) ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯގައި ނުވަތަ ކޮމްޕްލެއިންޓްސް ބިއުރޯތަކުގައި ހިމެނޭ މެންބަރުންގެ ތެރެއިން މަދުވެގެން 3 (ތިނެއް) މެންބަރުންނަކީ ށަރުއީ/ގާނޫނީ ދާއިރާއިން ތައުލީމު ހާސިލުކޮށްފައިވާ ނުވަތަ އެ ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ މީހުންކަމުގައި ވާންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ބ) ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯ ނުވަތަ ކޮމްޕްލެއިންޓްސް ބިއުރޯތައް އުފެދުމުގެ ކުރިން ހުށަހަޅާ ށަކުވާ ހުށަހަޅާނީ އިލެކްށަންސް ކޮމިށަނަށެވެ. (އިތުރު ކުރެވިފައި)

 

44 ވަނަ މާއްދާ - ފޯކަލް ޕޮއިންޓުންނަށް ހުށަހެޅޭ މައްސަލަތަކާމެދު އަމަލުކުރާނެ ގޮތް

ރަށު/އަވަށު/އަތޮޅު/ސިޓީ ފޯކަލް ޕޮއިންޓުތަކަށް އިންތިހާބާބެހޭ މައްސަލައެއް ހުށަހެޅިއްޖެނަމަ، އެ މައްސަލަތައް ދުވަހުން ދުވަހަށް އަތޮޅ/ުސިޓީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ނުވަތަ ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ފޮނުވަމުން ގެންދަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ހ) (އުނި ކުރެވިފައި)

(ށ) (އުނި ކުރެވިފައި)

(ނ) (އުނި ކުރެވިފައި)

(ރ) (އުނި ކުރެވިފައި)

 

45 ވަނަ މާއްދާ - ކޮމްޕްލެއިންޓްސް ބިއުރޯތަކުގެ މުއްދަތު

(ހ) ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއާއި ކޮމްޕްލެއިންޓްސް ބިއުރޯތައް ދެމިއޮންނާނީ، އެ ބިއުރޯތައް އުފައްދާ ދުވަހުން ފެށިގެން، އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނު ކުރުމަށްފަހު، އިތުރަށް 14 (ސާދަ) ދުވަހުގެ މުއްދަތަށެވެ. އަދި އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ، ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއާއި ކޮމްޕްލެއިންޓްސް ބިއުރޯތައް ދެމިއޮންނާނީ، ދެވަނަ ބުރު ނިމ،ި ރަސްމީ ނަތީޖާ އިއުލާނު ކުރުމަށްފަހު، އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ މުއްދަތަކަށެވެ. (އިސްލާހު ކުރެވިފައި)

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އިންތިހާބު ބޭއްވުމަށްފަހު ހުށަހެޅ މައްސަލައަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތެއް ނުނިމި އޮތްނަމަ، އެ ނުނިމި އޮތް މަސައްކަތެއް ނިންމުމަށް ޓަކައި އެ ބިއުރޯއެއް ދެމިއޮންނާނެ މުއްދަތު އިލެކްށަންސް ކޮމިށަނަށް އިތުރުކުރެވިދާނެއެވެ. (އިސްލާހު ކުރެވިފައި)

(ނ) (އުނި ކުރެވިފައި)

 

46 ވަނަ މާއްދާ - ކޮމްޕްލެއިންޓްސް އޮފިސަރު

(ހ) އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ދިމާވާ މައްސަލަތައް ބަލައި، ކޮމްޕްލެއިންޓްސް އޮފިސަރުގެ ޒިންމާ އަދާކުރާނީ، ވޯޓުލާ ކޮންމެ މަރުކަޒެއްގައި ހުންނަ ވޯޓުފޮށީގެ ވެރިޔާއެވެ.

(ށ) ވޯޓުލާ މަރުކަޒަށް ހުށަހެޅޭ މައްސަލަތައް ބަލައި، ހައްލުކުރަންޖެހޭ ކަންކަން ހައްލުކުރާނީ،ކޮމްޕްލެއިންޓްސް އޮފިސަރެވެ. މިގޮތުން ކޮމްޕްލެއިންޓްސް އޮފިސަރަށް ނުނިންމޭ މައްސަލަތައް ނުވަތަ ހައްލުނުކުރެވޭ މައްސަލަތައް ހައްލުކުރުމުގައި އެހީތެރިކަން ހޯދާނީ ރަށު ފޯކަލް ޕޮއިންޓް، ނުވަތަ އިލެކްށަންސް ކޮމިށަނުގެ އިދާރާއިންނެވެ.

(ނ) ވޯޓުލާ މަރުކަޒުތަކުގައި ދިމާވާ މައްސަލަތަކާ ގުޅިގެން ވޯޓު ފޮށީގެ ވެރިޔާ ނުވަތަ ކޮމްޕްލެއިންޓްސް އޮފިސަރު ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭ ނަމަ ށަކުވާ ހުށަހަޅާނީ، ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ނުވަތަ ކޮމްޕްލެއިންޓްސް ބިއުރޯއަކަށެވެ. މިގޮތުން ށަކުވާ ހުށަހެޅުމުގައި ފޯކަލް ޕޮއިންޓް މެދުވެރިކޮށް ވެސް ށަކުވާ ހުށަހެޅިދާނެއެވެ. (އިސްލާހު ކުރެވިފައި)

47 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން 

(ހ) އިންތިހާބާ ގުޅިގެން ށަކުވާ ހުށަހަޅާނީ، ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށާއި، ކޮމްޕްލެއިންޓްސް ބިއުރޯތަކަށާއި، އިލެކްށަންސް ކޮމިށަނަށެވެ. (އިސްލާހު ކުރެވިފައި)

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ށަކުވާ ހުށަހެޅުމުގައި ރަށާއި، އަތޮޅާއި ސިޓީއާއި ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށުން، އެ ރަށެއްގެ އެންމެ ކައިރި ފޯކަލް ޕޮއިންޓް މެދުވެރިކޮށް ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ނުވަތަ ކޮމްޕްލެއިންޓްސް ބިއުރޯއަކަށް މައްސަލަ ހުށަހެޅިދާނެއެވެ. މާލެއިންނާއި ޖަލުތަކުންނާއި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓައިފައި ހުންނަ ގައުމުތަކުން ށަކުވާ ހުށަހަޅާނީ، ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށެވެ. (އިސްލާހު ކުރެވިފައި)

(ނ) ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) އާއި، އެ އިންތިހާބަކާ ބެހޭ ހާއްސަ ގާނޫނާއި، މި ގާނޫނުތަކުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ ހިލާފަށް އެއްވެސް އަމަލެއް، އެއްވެސް ފަރާތަކުން ކޮށްގެން އެކަމުގެ ށަކުވާ އިލެކްށަންސް ކޮމިށަނަށް ހުށަހަޅާނަމަ، އެ ށަކުވާއެއްގެ ތަފުސީލު، ހެއްކާއި ގަރީނާއާއެކު، އިންތިހާބު ބޭއްވި ދުވަހުން ފެށިގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ރ) މި މާއްދާގައިވާ ގޮތުގެ މަތީން ށަކުވާ ހުށަހަޅާއިރު، ށަކުވާ ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހިމަނަންވާނެއެވެ. ށަކުވާ ހުށަހަޅާނީ، އެކަމަށް ޓަކައި އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ނިޒާމުގެ ތެރެއިންނެވެ. ސިޔާސީ ޕާޓީއަކުން ނުވަތަ ޖަމުއިއްޔާއަކުން ނުވަތަ މުއައްސަސާއަކުން ށަކުވާ ހުށަހަޅާނަމަ، އެ ފަރާތެއްގެ ތައްގަނޑާއި މަސްއޫލުވެރި ފަރާތެއްގެ ސޮއި ށަކުވާ ހުށަހަޅާ ފޯމުގައި އޮންނަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ބ) މި މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން ހުށަހަޅާ މައްސަލައަކާމެދު އަމަލުކުރެވުނު ގޮތް،މައްސަލަ ހުށަހެޅި ފަރާތަށް، އެ މައްސަލަ ހުށަހެޅި ތާރީހުން ފެށިގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި ލިބޭނެ ގޮތް، އިލެކްށަންސް ކޮމިށަނުން ހަމަޖައްސަންވާނެއެވެ.

 

48 ވަނަ މާއްދާ - ށަކުވާތަކާއި މައްސަލަތައް ބަލައި ފިޔަވަޅު އެޅުން

އިންތިހާބާ ގުޅިގެން ވޯޓުފޮށީގެ ވެރިންނަށް ހުށަހެޅ މައްސަލަތަކާއި، ރަށް/އަތޮޅު/ސިޓީ ފޯކަލް ޕޮއިންޓު މެދުވެރިކޮށް ނުވަތަ ސީދާ ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށާއި ކޮމްޕްލެއިންޓްސް ބިއުރޯތަކަށް ހުށަހެޅ ށަކުވާތައް ބަލައި، ވަގުތުން ފިޔަވަޅު އަޅަންޖެހ ށަކުވާތަކަށް ވަގުތުން ފިޔަވަޅު އަޅަންވާނެއެވެ. މިގޮތުން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑާ ހިލާފުވެގެން ހުށަހަޅާ މައްސަލަތައް އަވަހަށް ބަލައި، ވަގުތުން ފިޔަވަޅު އަޅަންވާނެއެވެ. (އިސްލާހު ކުރެވިފައި)

 

49 ވަނަ މާއްދާ - ށަކުވާތަކުގެ މައުލޫމާތު ދަފުތަރުކޮށް ބެލެހެއްޓުން

(ހ) އިންތިހާބާ ގުޅިގެން ވޯޓުފޮށީގެ ވެރިންނަށް ހުށަހެޅ މައްސަލަތަކާއި، ރަށް/އަތޮޅު/ސިޓީ ފޯކަލް ޕޮއިންޓު މެދުވެރިކޮށް ހުށަހެޅ މައްސަލަތަކާއި ސީދާ ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށާއި ކޮމްޕްލެއިންޓްސް ބިއުރޯތަކަށް ހުށަހެޅ ށަކުވާތަކުގެ މައުލޫމާތު ދުވަހުން ދުވަހަށް ދަފުތަރުކޮށް ބަލަހައްޓަންވާނެއެވެ. މިގޮތުން ށަކުވާތައް ދަފުތަރުކުރުމުގައި، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަނަންވާނެއެވެ. (އިސްލާހު ކުރެވިފައި)

  1. ށަކުވާ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެހާއި، މިހާރު ދިރިއުޅޭ އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު؛
  2. ށަކުވާ ރައްދުވާ ފަރާތުގެ މައުލޫމާތު (ނަން، އެޑްރެސް، އެނގޭނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު)؛
  3. ހުށަހެޅުނު ށަކުވާގެ ބާވަތް (ށަކުވާގެ ކުރު ހުލާސާއަކާއެކު)؛
  4. ހުށަހެޅުނު ށަކުވާއާ ގުޅިގެން އަމަލުކުރި ގޮތް ނުވަތަ ނިންމި ގޮތް.

(ށ) ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއިން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނޭ ގޮތަށް ރިޕޯޓެއް ތައްޔާރުކޮށް، އިލެކްށަންސް ކޮމިށަނަށް އެ ރިޕޯޓު ހުށަހަޅަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ނ) (އުނި ކުރެވިފައި)

 

50 ވަނަ މާއްދާ - ށަކުވާއަކާ ގުޅިގެން ސެކިއުރިޓީ އުރަތައް ކެނޑޭނެ ހާލަތްތައް

ވޯޓުލީ މީހުންގެ ވޯޓު ކަރުދާސް ބަންދުކޮށްފައިވާ ހާއްސަ ސެކިއުރިޓީ އުރަތައް، އަންނަނިވި ހާލަތްތަކުގައި އިލެކްށަންސް ކޮމިށަނުން ކަނޑައި އަލުން ގުނިދާނެއެވެ.

  1. ވޯޓުލާ މަރުކަޒަކުން ފޮނުވައިފައިވާ އެ މަރުކަޒެއްގެ ވަގުތީ ނަތީޖާ ހެދުމުގައި އެއްވެސް މައްސަލައެއް ހުރިކަން އިލެކްށަންސް ކޮމިށަނަށް ފާހަގަވުން.
  2. އެއްވެސް ފަރާތަކުން ވޯޓުލާ މަރުކަޒެއްގެ ނަތީޖާއާ ބެހޭގޮތުން ހުށަހަޅާ ށަކުވާއަކާ ގުޅިގެން އެ ކަމަކީ ތަހުގީގުކުރަން ޖެހޭވަރުގެ ހެކި ހުރި ށަކުވާއެއް ކަމުގައި އިލެކްށަންސް ކޮމިށަނަށް ފެނިއްޖެނަމަ، އެ ތަހުގީގެއްގެ ބޭނުމަށް.
  3. ވޯޓުކަރުދާސް ބަންދުކޮށްފައިވާ ހާއްސަ ސެކިއުރިޓީ އުރަ ކެނޑުމަށް ށަރުއީ ކޯޓަކުން އިލެކްށަންސް ކޮމިށަނުގެ މައްޗަށް އަމުރެއް ނެރުން.
  4. ވޯޓުގެ ސައްހަކަމާމެދު ސުވާލު އުފެދޭކަމަށް އިލެކްށަންސް ކޮމިށަނަށް ފެންނަ މިނޫންވެސް އެހެނިހެން ހާ ލަތެއް މެދުވެރިވުން.

 

51 ވަނަ މާއްދާ - ވޯޓުކަރުދާސް ބަންދުކޮށްފައިވާ ހާއްސަ ސެކިއުރިޓީ އުރަތައްކެނޑުމުގައި އަމަލުކުރާނެ ގޮތް

(ހ) ވޯޓުލީ މީހުންގެ ވޯޓުކަރުދާސް ބަންދުކޮށްފައިވާ ހާއްސަ ސެކިއުރިޓީ އުރަތައް ކަނޑަންވާނީ، އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުންގެ ހާޒިރުގައި، އިލެކްށަންސް ކޮމިށަނުން އައްޔަނުކުރާ ބައެކެވެ. މި ގޮތުން އައްޔަނުކުރެވޭ މީހުން، އެއްވެސް ކެންޑިޑޭޓެއްގެ ހައްގަކަށް އުނިކަމެއް އަތުވެދާނެ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. އަދި ވޯޓު ގުނުމުގެ މަސައްކަތުގައި، އިންތިހާބާބެހޭ ގޮތުން ލިބޭ އެއްވެސް މައުލޫމާތެއް، އިލެކްށަންސް ކޮމިށަން ފިޔަވައި އެހެން ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ. ނަމަވެސް އެފަދަ މައުލޫމާތެއް ށަރުއީ ކޯޓަކަށް ހާމަކުރަން ޖެހިގެން ހާމަކުރާ ހާމަކުރުން މި މާއްދާއިން އިސްތިސްނާ ވާނެއެވެ.

(ށ) މި ގަވާއިދުގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ހާލަތްތަކުގައި ސެކިއުރިޓީ އުރަ ކަނޑާނަމަ، އިންތިހާބަށް ކުރިމަތިލީ ކެންޑިޑޭޓުންނަށް އެ އުރަ ކެނޑުމުގެ 3 (ތިނެއް) ގަޑިއިރުގެ ކުރިން، އީމެއި ލަކުން، ނުވަތަ އެސް.އެމް.އެސް.އަކުން، ނުވަތަ ސިޓީއަކުން،ނުވަތަ ފެކްސް މެސެޖަކުން، ސެކިއުރިޓީ އުރަ ކެނޑުމަށް ހަމަޖެހިފައިވާ ވަގުތާއި ތަން އަންގަންވާނެއެވެ.

(ނ) މި ގަވާއިދުގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ހާލަތްތަކުގައި ސެކިއުރިޓީ އުރަ ކަނޑާނަމަ، އެކަމަށް ހާއްސަކުރެވިފައިވާ ތަނަކަށް، ވަނުމުގެ ހުއްދަ އެ އިންތިހާބުގެ ކެންޑިޑޭޓުންނަށް ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކަށް އިލެކްށަންސް ކޮމިށަނުން ދޭންވާނެއެވެ.

(ރ) ވޯޓުލީ މީހުންގެ ވޯޓުކަރުދާސް ބަންދުކޮށްފައިވާ ހާއްސަ ސެކިއުރިޓީ އުރަތައް ކަނޑައި ވޯޓުކަރުދާސް އަލުން ގުނުމުގެ މަސައްކަތްތައް ހިނގައިދިޔަ ގޮތުގެ ރިޕޯޓެއް ލިޔެ،އަންނަނިވި ހުރިހާ މައުލޫމާތެއް ހިމަނައި، އެ މަސައްކަތާ ހަވާލުވެހުރި އެންމެ އިސް މީހަކާއި، އެ ރިޕޯޓު ލިޔުނު މީހަކާއި، އެ ރިޕޯޓު ޗެކުކުރި މީހަކު ސޮއިކުރުމަށްފަހު، އެ ރިޕޯޓު އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

  1. ވޯޓުލާ މަރުކަޒުގެ ނަންބަރު.
  2. ސެކިއުރިޓީ އުރަ ކެނޑި ތާރީހާއި ވަގުތު.
  3. ސެކިއުރިޓީ އުރައިގައި ހުރި ވޯޓުކަރުދާސްތައް ގުނަން ފެށި ގަޑިއާއި ނިންމި ގަޑި.
  4. ސެކިއުރިޓީ އުރަ އަލުން ބަންދުކުރެވުނު ގަޑި.
  5. ސެކިއުރިޓީ އުރަ ކެނޑުމުގެ މަސައްކަތްކުރުމަށް އައްޔަނު ކޮށްފައިވާ މީހުންގެ ނަމާއި، އެޑްރެހާއި، އެ މީހުންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު.
  6. ސެކިއުރިޓީ އުރަ ކެނޑުމުގެ މަސައްކަތް ބެލުމަށް އެއްވެސް ކެންޑިޑޭޓަކު، ނުވަތަ ކެންޑިޑޭޓެއްގެ ފަރާތުން މަންދޫބަކު ހާޒިރުވިނަމަ، އެ މީހެއްގެ ނަމާއި، އެޑްރެހާއި، އެ މީހެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު.
  7. ސެކިއުރިޓީ އުރައިގައި ހުރި ސައްހަ ވޯޓުކަރުދާހުގެ އަދަދު.
  8. ސެކިއުރިޓީ އުރައިގައި ހުރި ބާތިލު ވޯޓުކަރުދާހުގެ އަދަދު.
  9. ކޮންމެ ކެންޑިޑޭޓަކަށް ލިބިފައިވާ ވޯޓުގެ އަދަދު.
  10. ސެކިއުރިޓީ އުރަ ކެނޑި ސަބަބާއި، ކަނޑަން އެންގި ފަރާތުގެ މައުލޫމާތު.

(ބ) މި މާއްދާގެ (ރ) ގެ ދަށުން ތައްޔާރުކުރާ ރިޕޯޓު ހޯދުމަށް، އެ އިންތިހާބުގައި ވާދަކުރި އެއްވެސް ކެންޑިޑޭޓަކު، ނުވަތަ އެ އިންތިހާބުގައި ވާދަކުރާ ސިޔާސީ ޕާޓީއަކުން އެދިއްޖެނަމަ، އެ ރިޕޯޓުގެ ކޮޕީއެއް، އިލެކްށަންސް ކޮމިށަނުން، އެ ފަރާތަކަށް ދޫކުރަންވާނެއެވެ.

(ޅ) ސެކިއުރިޓީ އުރަ ކަނޑައި އަލުން ގުނުމުގެ މަސައްކަތްކުރާ އެއްވެސް މީހެއްގެ މަސައްކަތަށް ދަތިވާކަހަލަ އެއްވެސް އަމަލެއް، އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެއެވެ. އަދި މި މަސައްކަތުގައި ބޭނުންކުރާ އެއްވެސް ލިޔުމެއް، ނުވަތަ އެއްޗެއްގައި އެ މަސައްކަތާ ހަވާލުވެގެން ތިބި މީހުން ފިޔަވައި އެހެން ފަރާތަކުން އަތްލައިގެން ނުވާނެއެވެ.

(ކ) މި ގަވާއިދުގައިވާ ގޮތުގެ މަތިން ވޯޓުލީ މީހުންގެ ވޯޓުކަރުދާސް ބަންދުކޮށްފައިވާ ހާއްސަ ސެކިއުރިޓީ އުރަ ކެނޑުމުގެ ބޭނުން ފުރިހަމަކުރުމަށްފަހު، ވޯޓުލީ މީހުންގެ ވޯޓުކަރުދާސްތައް، އެ ވޯޓުކަރުދާސްތައް ބަންދުކުރުމަށް ހާއްސަކޮށްފައިވާ ސެކިއުރިޓީ އުރައިގައި އަލުން ބަންދުކުރަންވާނެއެވެ.

 

52 ވަނަ މާއްދާ - އިންތިހާބަށް ހާއްސަ ބޭންކް އެކައުންޓް

އެ އިންތިހާބެއްގެ ހާއްސަ ގާނޫނުގައި ނުވަތަ ގަވާއިދުގައި ބަޔާންކޮށްފައިވާނަމަ، ކޮންމެ ކެންޑިޑޭޓެއްގެ އިންތިހާބާ ގުޅޭ އެންމެހައި ހަރަދުތައް ކުރުމަށްޓަކައި އެކަމަށް ހާއްސަކުރާ އެކައުންޓެއް ދިވެހިރާއްޖޭގައި ހިންގާ ބޭންކެއްގައި، ކޮންމެ ކެންޑިޑޭޓެއްގެ ނަމުގައި ހުޅުވަންވާނެއެވެ.

 

53 ވަނަ މާއްދާ - އިންތިހާބާ ގުޅޭ މާލީ ކަންކަމާބެހޭ މައުލޫމާތު އިލެކްށަންސް ކޮމިށަނަށް ހުށަހެޅުން

(ހ) އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުން އިންތިހާބާ ގުޅިގެން ކުރާ އެންމެހައި ހަރަދުތައް ދުވަހުން ދުވަހަށް، އިލެކްށަންސް ކޮމިށަނުން އަންގާ ގޮތެއްގެ މަތިން ބަލަހައްޓަމުން ގެންދަންވާނެއެވެ. ދުވަހުން ދުވަހަށް ކުރާ ހަރަދުތަކުގެ ތަފުސީލު ބަލަހައްޓަމުން ގެންދާނީ، އެ އިންތިހާބެއްގައި އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ޓެމްޕްލެޓާ އެއްގޮތަށެވެ.

(ށ) އިލެކްށަންސް ކޮމިށަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އެ ކޮމިށަނުން އެހެން 
ގޮތަކަށް ކަނޑައަޅައިފައި ނުވާހައި ހިނދަކު، ނުވަތަ ކޯޓަކުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކޯޓަކުން އެހެން ގޮތަކަށް ކަނޑައަ ޅައިފައި ނުވާހައި ހިނދަކު، އިންތިހާބާ ގުޅޭ މާލީ ހިސާބުތަކުގެ ރެކޯޑުތަކާއި ލިޔެކިޔުންތައް، އެ އިންތިހާބެއްގެ ރަސްމީ ނަތީޖާ އިއުލާނުކުރާ ދުވަހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް ބަލަހައްޓަންވާނެއެވެ. އަދި މިއިން ލިޔެކިޔުމެއް ފޯރުކޮށްދިނުމަށް އިލެކްށަންސް ކޮމިށަނުން އަންގައިފިނަމަ، އެކަން ކުރުމަކީ ކެންޑިޑޭޓަށާއި އެ ކެންޑިޑޭޓުގެ ރަސްމީ އިންތިހާބީ އޭޖެންޓުގެ މައްޗަށް ލާޒިމު ކަމެކެވެ.

(ނ) ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 73 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް، އިންތިހާބާ ގުޅިގެން ކޮންމެ ކެންޑިޑޭޓަކު ހުށަހަޅާ މާލީ ބަޔާނަކީ ދައުލަތުގެ ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ އޮޑިޓަރަކު އޮޑިޓްކޮށް، ސޮއިކޮށްފައިވާ މާލީ ބަޔާނަކަށް ވާންވާނެއެވެ. މާލީ ބަޔާން ހުށަހަޅަންވާނީ، އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައި އިލެކްށަންސް ކޮމިށަނުން ކުރާ އިއުލާނުގައި އާންމުކުރާ ފޯމެޓާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. އަދި މާލީ ބަޔާނާއެކު މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ކެންޑިޑޭޓާއި ކެންޑިޑޭޓުގެ ރަސްމީ އިންތިހާބީ އޭޖެންޓުގެ އިގްރާރު ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ. (އިތުރު ކުރެވި / އިސްލާހު1 އިސްލާހު2 ކުރެވިފައި)

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް، ހުށަހަޅާ މާލީ ބަޔާންތައް އޮޑިޓްކުރުމުގައި އާންމުކޮށް ބަލާ ކަންކަންމުގެ އިތުރުން، އެ ކެންޑިޑޭޓަކު އިންތިހާާބުގައި މާލީ ކަންކަން ބަލަހައްޓައި، ފައިސާ ހޯދައި، ފައިސާ ހަރަދުކޮށްފައިވަނީ އިންތިހާާބުތަކާ ގުޅުންހުރި ގާނޫނުތަކާ އެއްގޮތަށްކަން، މާލީ ބަޔާން އޮޑިޓްކުރާ އޮޑިޓަރު ބަލަންވާނެއެވެ. އެގޮތުން، އަންނަނިވި ކަންކަމަށް ރިއާާޔަތް ކުރަންވާނެއެވެ. (އިތުރު ކުރެވިފައި)

  1. ގާނޫނު ނަންބަރު 2008-11 (އިންތިހާާބުތަކާބެހޭ އާާންމު ގާނޫނު) ގެ 67 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް، އިންތިހާާބާ ގުޅޭ ގޮތުން ލިބޭ އެހީގެ ފައިސާ ޖަމާކުރުމަށް ވަކި ހާާއްސަަ އެކައުންޓެއް، ކެންޑިޑޭޓުގެ ނަމުގައި ހުޅުވައިފައިވުން.
  2. ގާނޫނު ނަންބަރު 2008-11 (އިންތިހާާބުތަކާބެހޭ އާާންމު ގާނޫނު) ގެ 68 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް، އިންތިހާާބާ ގުޅިގެން ކެންޑިޑޭޓަކަށް ލިބޭ މާލީ އެހީ ބަލައިގަނެފައިވަނީ ހަމައެކަނި އެ ކެންޑިޑޭޓަކު ނުވަތަ އެ ކެންޑިޑޭޓުގެ ރަސްމީ އިންތިހާާބީ އޭޖެންޓްކަމުގައި ވުން.
  3. ގާނޫނު ނަންބަރު 2008-11 (އިންތިހާާބުތަކާބެހޭ އާާންމު ގާނޫނު) ގެ 68 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް، އިންތިހާާބާ ގުޅިގެން ކެންޑިޑޭޓަކު ކުރާ އެންމެހައި ހަރަދުތަކަށް ފައިސާ ދައްކައިފައިވަނީ ނުވަތަ އަގު ދައްކައިކައިފައިވަނީ ނުވަތަ ހަރަދުކޮށްފައިވަނީ އެ ކެންޑިޑޭޓު ނުވަތަ އެ ކެންޑިޑޭޓުގެ ރަސްމީ އިންތިހާާބީ އޭޖެންޓް ކަމުގައި ވުން.
  4. ގާނޫނު ނަންބަރު 11/2008 (އިންތިހާާބުތަކާބެހޭ އާާންމު ގާނޫނު) ގެ 69 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް، އިންތިހާާބާ ގުޅިގެން ކުރާ ހަރަދުތަކުގެ އެންމެ މަތީ އަދަދަކީ، އެ ކެންޑިޑޭޓަކު ކުރިމަތިލައިފައިވާ އިންތިހާާބީ ދާއިރާއެއްގައި ވޯޓުދިނުމުގެ ހުއްގުު ލިބިގެންވާ ކޮންމެ މީހަކަށް 2,000  (ދެހާސް) ރުފިޔާގެ މަގުން ހިސާބުކުރުމުން ނުކުންނަ ފައިސާގެ އަދަދަށްވުރެ އިތުރު ނުވާނެ އަދަދަކަށް ވުން.
  5. ގާނޫނު ނަންބަރު 2008-11 (އިންތިހާާބުތަކާބެހޭ އާާންމު ގާނޫނު) ގެ 72 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް، އަމިއްލަ ފަރުދަކު ދޭ އެހީގެ އެންމެ މަތީ އަދަދަކީ، އެ ކެންޑިޑޭޓަކު ކުރިމަތިލައިފައިވާ އިންތިހާާބީ ދާއިރާއެއްގައި ވޯޓުދިނުމުގެ ހުއްގުު ލިބިގެންވާ ކޮންމެ މީހަކަށް 2,000 (ދެހާސް) ރުފިޔާގެ މަގުން ހިސާބު ކުރުމުން ނުކުންނަ ފައިސާގެ އަދަދުގެ %0.5 (ސުމެއް ޕޮއިންޓް ފަހެއް އިންސައްތަ) އަށްވުރެ އިތުރުނޫން އަދަދަކަށް ވުން. އަދި ގާނޫނީ ށަހްސަުން ދޭ އެހީގެ އެންމެ މަތީ އަދަދަކީ، އެ ކެންޑިޑޭޓަކު ކުރިމަތިލައިފައިވާ އިންތިހާާބީ ދާއިރާއެއްގައި ވޯޓުދިނުމުގެ ހުއްގުު ލިބިގެންވާ ކޮންމެ މީހަކަށް 2,000 (ދެހާސް) ރުފިޔާގެ މަގުން ހިސާބުކުރުމުން ނުކުންނަ ފައިސާގެ އަދަދުގެ %2 (ދޭއް އިންސައްތަ) އަށްވުރެ އިތުރުނޫން އަދަދަކަށް ވުން.
  6. ގާނޫނު ނަންބަރު 2008-11 (އިންތިހާާބުތަކާބެހޭ އާާންމު ގާނޫނު) ގެ 73 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް، މާލީ ބަޔާނުގައި ހިމަނަންޖެހޭ އަންނަނިވި ކަންކަން ހިމަނައިފައިވުން.
    6.1 ފައިސާއާއި މުދާ ހިމެނޭގޮތަށް، އިންތިހާާބާ ގުޅިގެން ކެންޑިޑޭޓު ކޮށްފައިވާ ހަރަދުތަކުގެ ތަފުސީލު؛
    6.2 އިންތިހާާބުގައި ކެންޑިޑޭޓަށް ތާއީދު ހޯދުމަށްޓަކައި ކޮށްފައިވާ ހަރަދުތައް ވަކިން އެނގޭގޮތަށް އެ ހަރަދުތަކުގެ ތަފުސީލު؛
    6.3 އިންތިހާާބަށް ހަރަދުކުރުމަށްޓަކައި ފައިސާ ހޯދިގޮތުގެ ތަފުސީލު؛
    6.4 އިންތިހާާބާ ގުޅިގެން ކެންޑިޑޭޓަކު ހަރަދުކުރުމަށްޓަކައި ނުވަތަ ބޭނުންކުރުމަށްޓަކައި ފައިސާއާއި ތަކެތި ދިން ފަރާތްތަކާއި އެ ފަރާތްތަކުން ދިން މިންވަރުގެ ތަފުސީލު؛
    6.5 ބޭންކް އެކައުންޓުން ކޮށްފައިވާ އެންމެހައި މުއާާމަލާތްތައް އަންގައިދޭ ބޭންކް އެކައުންޓުގެ ސްޓޭޓްމަންޓް.
  7. ގާނޫނު ނަންބަރު 2008-11 (އިންތިހާާބުތަކާބެހޭ އާާންމު ގާނޫނު) ގެ 73 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް ހުށަހަޅާ މައުލޫމާތާއި ތަކެއްޗަކީ ސަައްހު މައުލޫމާތާއި ތަކެތިކަމަށް އަންގައިދިނުމަށްޓަކައި އެ މައުލޫމާތަކާ ގުޅޭ ފައިސާގެ ރަސީދާއި، އިންވޮއިސްއާއި، ބިލާއި، މިފަދަ އެންމެހައި ލިޔެކިޔުމާއި ތަކެތި ހުށަހަޅައިފައިވުން.

(ބ) ކެންޑިޑޭޓުންގެ މާލީ ބަޔާން އޮޑިޓްކުރުމުގައި، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ކަންކަމަށާއި މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ގައިޑްލައިނަށް ރިއާާޔަތްކޮށްފައިނުވާ އޮޑިޓަރުންނާމެދު ފިޔަވަޅުއަޅައިދިނުމަށް އެދި ކަމާބެހޭ އިދާރާއަށް އިލެކްށަންސް ކޮމިށަނުން ފޮނުވަންވާނެއެވެ. (އިތުރު ކުރެވިފައި)

(ޅ) އިންތިހާާބާ ގުޅިގެން އިލެކްށަންސް ކޮމިށަނަށް ހުށަހެޅޭ މާލީ ބަޔާންތައް ޗެކްކުރުމުގައި އިލެކްށަންސް ކޮމިށަނުން އަމަލުކުރާނީ، މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ، އިންތިހާާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ މާލީ ބަޔާންތައް ބަލައިގަތުމާއި ޗެކްކުރުމުގައި އަމަލުކުރާނެ ގޮތުގެ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރއަށެވެ. (އިތުރު ކުރެވިފައި)

(ކ) މި މާއްދާގެ (ޅ) ގެ ދަށުން މާލީ ބަޔާންތައް ޗެކްކުރުމަށްފަހު، މި ގަވާއިދުގެ ޖަދުވަލު 5 ގައިވާ ފޯމެޓަށް ރިޕޯޓެއް ތައްޔާރުކޮށް ކޮމިށަނަށް ހުށަހަޅަންވާނެއެވެ. މި ރިޕޯޓާއެކު، ޖަދުވަލު 4 ގައިވާ ޗެކްލިސްޓު ވެސް ފުރހާަމަ ކުރަންވާނެއެވެ. (އިތުރު ކުރެވިފައި)

 

54 ވަނަ މާއްދާ - އިންތިހާބާ ގުޅިގެން ހުށަހެޅޭ ރިށްވަތުގެ މައްސަލަތައް ބެލުން

(ހ) އިންތިހާބުތަކާ ގުޅިގެން ހުށަހެޅޭ ރިށްވަތާބެހޭ މައްސަލަތައް ބަލައި ތަހުގީގު ކުރާނީ،އެންޓި-ކޮރަޕްށަން ކޮމިށަނުންނެވެ. އަދި އެ މައްސަލަ ތަހުގީގުކޮށް، ށަރީއަތަށް ހުށަހެޅުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލަށް ފޮނުވުމުގެ އިހްތިޔާރުވެސް އެ މުއައްސަސާއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެންޓި-ކޮރަޕްށަން ކޮމިށަނަށް ހުށަހެޅޭ މައްސަލަ ނިމުމުން، ކަމާބެހޭ ރިޕޯޓު އިލެކްށަންސް ކޮމިށަނަށް ފޮނުވަންވާނެއެވެ.

 

55 ވަނަ މާއްދާ - އިންތިހާބާބެހޭ ރިޕޯޓު ތައްޔާރުކުރުން

އިންތިހާބާބެހޭ ރިޕޯޓެއް، އެ އިންތިހާބު ބާއްވާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އިލެކްށަންސް ކޮމިށަނުން ތައްޔާރުކޮށް އާންމުކުރަން ވާނެއެވެ.

 

56 ވަނަ މާއްދާ - އިންތިހާބުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ސުލޫކީ މިންގަނޑު

އިލެކްށަންސް ކޮމިށަނުގެ އިދާރާގެ ވަގުތީ މުވައްޒަފުންނާއި، ދާއިމީ މުވައްޒަފުންނާއި،އިންތިހާބުގެ ކަންތައްތައް ކުރިއަށް ގެންދިޔުމަށް އައްޔަނު ކޮށްފައިވާ ކޮމިޓީތަކާއި، ބިއުރޯތަކުގެ މެންބަރުންނާއި، ފޯކަލް ޕޮއިންޓުންނާއި، ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތްކުރުމަށް ކޮމިށަނުން ކަނޑައަޅާ އޮފިށަލުންނާއި، އިންތިހާބާ ގުޅޭ މަސައްކަތް ހަވާލުކުރެވޭ އެހެނިހެން ފަރާތްތަކުން، އެ މީހުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ތިރީގައި ބަޔާންކުރާ ސުލޫކީ މިންގަނޑަށް ތަބާވާން ވާނެއެވެ.

  1. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) އާއި، މި ގަވާއިދާއި، އެ އިންތިހާބަކާ ބެހޭ ހާއްސަ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދާއި، އިންތިހާބު ހިންގުމަށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ އުސޫ ލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ މީހަކާ ހަވާލުކުރެވޭ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުން.
  2. ވޯޓުދޭ މީހުންނާއި ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ މަންދޫބުންނާއި އޮބްޒާވަރުންނާއި މޮނިޓަރުންނާއި ސިޔާސީ ޕާޓީތަކަށް، ގާނޫނުގެ ދަށުން ލިބިފައިވާ ހައްގަކަށް އުނިކަމެއް ލިބިދާނެ އެއްވެސް ކަމެއް ނުކުރުން.
  3. އިންތިހާބުގައި އިލެކްށަންސް ކޮމިށަނުން ހަވާލުކުރާ މަސައްކަތް، ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކު ކުރުން.
  4. އިންތިހާބުގެ މަސައްކަތުގައި އެއްވެސް ފަރާތެއްގެ ނުފޫޒަކަށް ތަބާނުވުން.
  5. އިންތިހާބުގެ މަސައްކަތުގައި ވަކި ކެންޑިޑޭޓަކަށް، ނުވަތަ ކެންޑިޑޭޓަކަށް ތާއީދުކުރާ ފަރާތަކަށް، ނުވަތަ ތާއީދު ނުކުރާ ފަރާތަކަށް ބުރަނުވުން.
  6. އިންތިހާބުގެ މަސައްކަތާ ހަވާލުވާ ވަގުތުން ފެށިގެން އިންތިހާބުގައި ހަރަކާތްތެރިވާ ފަރާތްތަކަކީ ވަކިފަރާތަކަށް ނުޖެހި ތިބޭ ބައެއްކަމުގައި ވުން.
  7. އިންތިހާބަކީ ނުފޫޒުން އެއްކިބާވެފައިވާ، މިނިވަން، އިންސާފުވެރި، ދެފުށް ފެންނަ އިންތިހާބަކަށް ހެދުމަށް މަސައްކަތްކޮށް، އެކަމަށް ބާރުއެޅުން.

 

57 ވަނަ މާއްދާ - ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިނުވާ ކަމެއް ދިމާވުން

އިންތިހާބުތަކާބެހޭ އާންމު ގާނޫނާއި، އިންތިހާބުތަކާބެހޭ ހާއްސަ ގާނޫނުތަކާއި، އެ ގާނޫނުތަކުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގައްޔާއި، މި ގަވާއިދުގައި ބަޔާންކޮށްފައިނުވާ ކަމެއް ދިމާވެއްޖެނަމަ، އެ ކަމެއްގައި އަމަލުކުރާނެ ގޮތެއް ކަނޑައަޅާނީ އިލެކްށަންސް ކޮމިށަނުންނެވެ.

 

58 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

59 ވަނަ މާއްދާ - މާނަކުރުން 

(ހ)

  1. "އިންތިހާބު" ކަމުގައި ބުނެފައި އެވަނ،ީ ޤާނޫނުއަސާސީއާއި، ގާނޫނުތަކުގެ ދަށުން އިލެކްށަންސް ކޮމިށަނުން ހިންގައި ބަލަހައްޓަންޖެހޭ އެންމެހައި އިންތިހާބުތަކަށެވެ؛ (އިސްލާހު ކުރެވިފައި)
  2. "ވޯޓުލާ މަރުކަޒު" ކަމުގައި ބުނެފައި އެވަނ،ީ އިންތިހާބުގައި ވޯޓުލުމަށް ވޯޓު ފޮށި ބަހައްޓައިފައިވާ ކޮންމެ ތަނަކަށެވެ. ވޯޓުނަގައި ވޯޓު ގުނުމުގެ ކަންތައްތައް ހިންގާނީ ވެސ،ް މި މަރުކަޒުގައެވެ؛ (އިސްލާހު ކުރެވިފައި)
  3. "ފޯކަލް ޕޮއިންޓުކަމުގައި ބުނެފައި އެވަނ،ީ ރަށު/ އަތޮޅު/ ސިޓީތަކުން އިންތިހާބުގެ މަސައްކަތް ކުރުމަށް ޓަކައި، އިލެކްށަންސް ކޮމިށަނުން އައްޔަނުކުރާ ފަރާތްތަކަށެވެ؛ (އިސްލާހު ކުރެވިފައި)
  4. "ކޮމިޓީ" ކަމުގައި ބުނެފައި އެވަނ،ީ ރަށު/ އަތޮޅު/ ސިޓީތަކުން އިންތިހާބުގެ މަސައްކަތް ކުރުމަށް ޓަކައި، އިލެކްށަންސް ކޮމިށަނުން އައްޔަނުކުރާ ކޮމިޓީތަކަށެވެ؛ (އިސްލާހު ކުރެވިފައި)
  5. "ވޯޓިންގ ބޫތު" ކަމުގައި ބުނެފައި އެވަނ،ީ ވޯޓުކަރުދާހުގައި ފާހަގަ ޖެހުމަށް ހުންނަން، ކަނޑައަޅައިފައިވާ ކޮށިގަނޑަށެވެ؛ (އިސްލާހު ކުރެވިފައި)
  6. "އޮބްޒާވަރުން" ކަމުގައި ބުނެފައި އެވަނ،ީ ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) އާއި، މި ގަވާއިދުގައި ބުނެފައިވާ ގޮތުގެ މަތީން އިލެކްށަންސް ކޮމިށަނުން، އެ އިންތިހާބެއް އޮބްޒާވްކުރުމަށް ހުއްދަ ދީފައިވާ ފަރާތްތަކަށެވެ؛ (އިސްލާހު ކުރެވިފައި)
  7. "މޮނިޓަރުން" ކަމުގައި ބުނެފައި އެވަނ،ީ ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) އާއި، މި ގަވާއިދުގައި ބުނެފައިވާ ގޮތުގެ މަތީން އެ އިންތިހާބުގެ ވޯޓު ނަގާ ދުވަހު ވޯޓުލާ ސަރަހައްދުތަކުގައްޔާއި ވޯޓު ގުނާ މަރުކަޒުތަކުގައި ވޯޓުލުމުގެ ކަންތައްތައް ކަވަރުކުރުމަށް އިލެކްށަންސް ކޮމިށަނުން ހުއްދަ ދީފައިވާ މީޑިއާގެ ފަރާތްތަކަށެވެ؛ (އިސްލާހު ކުރެވިފައި)
  8. "ޕާޓީ" ނުވަތަ "ސިޔާސީ ޕާޓީ" ކަމުގައި ބުނެފައި އެވަނ،ީ ސިޔާސީ ޕާޓީތައް ހިންގައި ބެލެހެއްޓުމާ ގުޅޭގޮތުން ދިވެހިރާއްޖޭގައި އަމަލުކުރާ ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އިލެކްށަންސް ކޮމިށަނުގައި ރަޖިސްޓަރީ ކޮށްފައިވާ ކޮންމެ ސިޔާސީ ޕާޓީއަކަށެވެ؛ (އިސްލާހު ކުރެވިފައި)
  9. "ވޯޓު ނެގުމާބެހޭ ކަންތައްތައް ބަލަހައްޓަން ތިބޭ މީހުން" ކަމުގައި ބުނެފައި އެވަނ،ީ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ވޯޓު ނެގުމާއި، ވޯޓު ގުނުމާބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުމަށް ތިބ،ޭ އިލެކްށަންސް ކޮމިށަނުގެ މުވައްޒަފުން ނުވަތަ އެކަމަށް ކޮމިށަނުން އައްޔަނުކޮށްފައި ތިބޭ މީހުންނަށެވެ؛ (އިސްލާހު ކުރެވިފައި)
  10. "ކާކުކަން އަންގައިދޭ ރަސްމީ ލިޔުން" ކަމުގައި ބުނެފައި އެވަނ،ީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި، ދިވެހި ޕާސްޕޯޓާއި، ޕާސްޕޯޓު ކާޑާއި، ދިވެހި ސަރުކާރުން ދޫކޮށްފައިވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ކާޑުގެ ތެރެއިން، އެ ލިޔުމެއްގެ މުއްދަތު ހަމަވެފައިނުވާ، އަދި އެ ލިޔުމެއްގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު އެނގެން އޮންނަ ފޮޓޯ ޖެހި ލިޔުންތަކަށެވެ؛ (އިސްލާހު ކުރެވިފައި)
  11. "ކޮމްޕްލެއިންޓްސް އޮފިސަރު" ކަމުގައި ބުނެފައި އެވަނ،ީ ވޯޓު ފޮށީގެ ވެރިޔާއަށެވެ؛ (އިސްލާހު ކުރެވިފައި)
  12. "އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ކަމުގައި ބުނެފައި އެވަނ،ީ އިންތިހާބާ ގުޅޭ ށަކުވާ ބަލައިގަތުމަށް ގާއިމުކޮށްފައިވާ ޔުނިޓްތަކަށެވެ؛ (އިސްލާހު ކުރެވިފައި)
  13. "ޒާތީ މައުލޫމާތު" ކަމުގައި ބުނެފައި އެވަނ،ީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، އުފަންތާރީހާއި، ފޯނު ނަންބަރާއި، ފޮޓޯއަށެވެ. (އިސްލާހު ކުރެވިފައި)

(ށ) މި ގަވާއިދުގައި ބުނެފައިވާ އިންތިހާބާބެހޭ ކަންކަމުގައި، ދުވަސް ގުނާނީ، ބަންދު ދުވަސްތައް ހިމަނައިގެންނެވެ.

(ނ) މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މުފްރަދުކޮށް ގެނެސްފައިވާ ލަފުޒުތައް ނުވަތަ އިބާރާތްތައް، އެ ލަފުޒުތައް ނުވަތަ އިބާރާތްތަކުގެ ޖަމްއު މާނައިގައި އަދި ޖަމްއުކޮށް ގެނެސްފައިވާ ލަފުޒުތައް ނުވަތަ އިބާރާތްތައް އެ ލަފުޒުތަކުގެ ނުވަތަ އިބާރާތްތަކުގެ މުފްރަދު މާނައިގައި ބޭނުންކުރެވޭނެއެވެ.

 

60 ވަނަ މާއްދާ - މާއްދާތަކުގެ އަދަދު (އުނި ކުރެވިފައި)

 

 

މި ގަވާއިދުގެ ޖަދުވަލުތަކާއި ފޯމްތައް އެޓޭޗްކުރެވިފައިވާ ފައިލުގައި

 

ޖަދުވަލު 1 (އިތުރު ކުރެވި އިސްލާހު ކުރެވިފައި)

`

 ކެންޑިޑޭޓުގެ މާލީ ބަޔާން 

(އިންތިޚާބުގެ ނަން)

ކެންޑިޑ ޓާއި ކެންޑިޑޭޓުގެ ރަސްމީ އިންތިޚާބީ އޭޖެންޓު ގެ އިޤްރާރު

 

އަހުރެމެން:. ....................................................................... (ކެންޑިޑޭޓުގެ ނަމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު) އަދި. .......................................................................... )ރަސްމީ އިންތިހާބީ އޭޖެންޓުގެ ނަމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު)، ގާނޫނު ނަންބަރު 11/2008 )އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 73 ވަނަ މާއްދާ ގައިވާ ގޮތުގެ މަތީން ހުށަހަޅާ މާލީ ބަޔާނަކީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައި އިލެކްށަންސް ކޮމިށަނުން ކުރާ އިއުލާނުގައި އާންމުކުރާ ފޯމެޓާ އެއްގޮތަށް ސައްހަ ތެދު މައުލޫމާތު ބަޔާންކުރާ މާލީ ބަޔާނެއް ކަމުގައި އިގްރާރުވެ ސޮއިކުރަމެވެ. 

 

ތާރީހް:. .................................................

 

ކެންޑިޑޭޓުގެ ސޮއި:                                          ރަސްމީ އިންތިހާބީ އޭޖެންޓުގެ ސޮއި: 

ކެންޑިޑޭޓުގެ ނަން:                                          ރަސްމީ އިންތިހާބީ އޭޖެންޓުގެ ނަން:

ކުރިމަތިލީ ދާއިރާ:

 

 

ޖަދުވަލު 2 (އިތުރު ކުރެވިފައި)

(ރިޔާސ އިންތިޚާބު / ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ މާލީ ބަޔާންތައް އޮޑިޓްކުރުމުގައި އޮޑިޓަރު ސަމާލުކަންދޭންޖެހޭ ކަންކަން)

 

ޖަދުވަލު 3 (އިތުރު ކުރެވިފައި)

(ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ މާލ ބަޔާންތައް އިލެކްޝަންސް ކޮމިޝަނުން ބަލައިގަތުމާއި ޗެކްކުރުން)

 

ޖަދުވަލު 4 (އިތުރު ކުރެވިފައި)

(ރިޔާސ އިންތިޚާބު އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ މާލީ ބަޔާންތައް އިލެކްޝަންސް ކޮމިޝަނުން ބަލައިގަތުމާއި ޗެކްކުރުން)

 

ޖަދުވަލު 5 (އިތުރު ކުރެވިފައި)

(އިންތިޚާބުގެ ނަން) މާލީ ބަޔާން ތަކާ ގުޅޭ ހުލާސާ ރިޕޯޓު 

 

މައި ގަވާއިދު

އިންތހާާބުތަކާބެހޭ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 2020-48)

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

4 ވަނަ އިސްލާހު

 

މައި ގާނޫނު

އިންތިހާބުތަކާބެހޭ އާންމު ގާނޫނު (ގާނޫނު ނަންބަރު 2008-11)

ކިޔުންތެރިންގެ ހިޔާލު