-

އިންތިހާބުތަކާބެހޭ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 2020-48) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-132)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 13 ޖުލައި 2023 ގައި)

 

ގަވާއިދު ނަންބަރު 2020-48 (އިންތހާާބުތަކާބެހޭ އާންމު ގަވާއިދު) އަށް 3 ވަނަ އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާ އިސްލާހުކުރުން.

ވޯޓު ދިނުމުގެ ހައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ 3.

(ހ) ރިޔާސީ އިންތިހާބުގެ ވޯޓު ނެގުމަށް ޓަކައި، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ވޯޓު ދިނުމުގެ ހައްޤު ލިބިގެންވާ މީހުންގެ ސައްހަ ރަޖިސްޓަރީއެއ،ް ނޭށަނަލް ރަޖިސްޓްރޭށަނާގުޅޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ދައުލަތު ގެ އިދާރާއިން ބަލަހައްޓާ ޤައުމީ ޑޭޓާބޭސްގައި ހިމެނޭ ދިވެހި ރައްޔިތުންގެ މައުލޫމާތުގެ އަލީގައި، އިލެކްށަންސް ކޮމިށަނުން ތައްޔާރުކޮށް ބަލަހައްޓަންވާނެއެވެ. އަދި އެ ރަޖިސްޓަރ،ީ އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ތާރީހެއްގައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށް، އިލެކްށަންސް ކޮމިށަނުގެ ވެބްސައިޓުގައި ވެސ،ް އެ މައުލޫމާތު އާންމު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރ،ީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހ،ު ވޯޓު ދިނުމުގެ ހައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރ،ީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާންމުކޮށް ފެންނަގޮތަށް، އިލެކްށަންސް ކޮމިށަނުން ބަހައްޓަންވާނެއެވެ. އަދި އެ އިންތިހާބެއްގައި ވޯޓު ދިނުމުގެ ހައްޤު ލިބިގެންވާ ހުރިހާ މީހުންގެ ރަޖިސްޓަރ،ީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެކަމަށް އެދޭ ކޮންމެ ފަރާތަކަށް ބެލޭނެ އިންތިޒާމު އިލެކްށަންސް ކޮމިށަނުން ހަމަޖައްސަންވާނެއެވެ.

(ނ) ވޯޓު ދިނުމުގެ ހައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ އާންމު ކުރާއިރު، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. ފުރިހަމަ ނަން؛
  2. އުފަން ތާރީހު؛
  3. ޖިންސް؛
  4. ދާއިމީ އެޑްރެސް (އަތޮޅާއި، ރަށާއި، އެޑްރެސް އެނގޭގޮތަށް).

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާގެ (ނ) އިސްލާހުކުރުން.

އެހެން ތަނެއްގައި ދިރިއުޅޭ މީހުން ވޯޓު ދިނުމަށް ޓަކައި ރ-ީރަޖިސްޓަރީ ކުރުން 8.

(ނ) ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ނުވަތަ އެހެން ތަނެއްގައި ތިބޭ މީހުން ވޯޓު ދިނުމަށް ޓަކައި ރަޖިސްޓަރީވާން ބޭނުންނަމ،ަ އެކަމަށް ކޮމިށަނުން އާންމުކޮށް އިއުލާނުކޮށް އަންގާ ގޮތެއްގެ މަތީން، އެ މީހެއްގެ މައުލޫމާތު ކޮމިށަނަށް ނުވަތަ ކޮމިށަނުން ކަނޑައަޅާ ތަނަކަށް،ކަނޑައަޅައިފައިވާ މުއްދަތުގައި "ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" އިން ނުވަތަ ކޮމިށަނުން ކަނޑައަޅާ ނިޒާމުގެ ތެރެއިން ހުށަހަޅަން ވާނެއެވެ. މިގޮތުން އީމެއިލުން ސީދާ އިލެކްށަންސް ކޮމިށަނަށް ނުވަތަ ކޮމިށަނުން ފޯމު ބަލައިގަތުމަށް ކަނޑައަޅައިފައިވާ ފަރާތްތަކަށް ނުވަތަ އިދާރާއަކަށް ފޮނު ވައި ފޯމުގެ ސައްހަކަން ކަށަވަރުކުރަން ދަތިވާނެތ،ީ އެފަދަ ވަސީލަތްތައް މެދުވެރިކޮށް ފޮނުވާ ފޯމު ބަލައެއް ނުގަނެވޭނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާގެ (ށ) އިސްލާހުކުރުން.

އިދާރީ ފައިސާ ހުށަހެޅުން 15.

(ށ) އިންތިހާބަށް ކުރިމަތިލާއިރު ދައްކަންޖެހޭ އިދާރީ ފައިސާ ދައްކާނީ ދައުލަތަށް ފައިސާ ބަލައިގަތުމަށް ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިންނެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 25 ވަނަ މާއްދާގެ (ހ) އިސްލާހުކޮށް (ށ) ގެ (4) ވަނަ ނަންބަރުގެ ފަހަތަށް (5) ވަނަ ނަންބަރާއި (6) ވަނަ ނަންބަރު އިތުރުކޮށް، އެ މާއްދާގެ (ރ) އާއި (ބ) އުނިކުރުން.

ރާއްޖޭގެ ފަރާތްތަކުން އިންތިހާބު އޮބްޒާވްކުރުން 25.

(ހ) އިންތިހާބު އޮބްޒާވްކުރުމަށް އޮބްޒާވަރުންގެ ގޮތުގައި ރާއްޖޭގެ ފަރާތްތަކަށް ހަރަކާތްތެރިވުމުގެ ހުއްދަ ދޫކުރެވޭނ،ީ އެކަމަށް އެދޭ ފަރާތްތަކުގެ ތެރެއިން،މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ. އިންތިހާބުގައި އޮބްޒާވަރެއްގެ ގޮތުގައި ހަރަކާތްތެރިވުމުގެ ހުއްދައަށް އެދި ހުށަހަޅާނ،ީ އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ނިޒާމުގެ ތެރެއިންނެވެ.

(ށ)

5. އިންތިހާބުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅައިފައިވާ ސުލޫކީ މިންގަނޑު ކިޔައި، އެއާ އެއްގޮތަށް އަމަލުކުރުމަށް އެއްބަސްވެ އިޤު ރާރުވެފައިވާ މީހަކު ކަމުގައި ވުން؛

6. ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ސުލޫކީ މިންގަނޑާ ހިލާފުވެގެން ފިޔަވަޅެއް އަޅައިފައިވާ މީހަކު ކަމުގައި ނުވުން، ނުވަތަ އިންހާބީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 27 ވަނަ މާއްދާ އިސްލާހުކުރުން.

އޮބްޒާވަރުންގެ އިޤުރާރާއި، އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑު 27.

މި ގަވާއިދުގެ ދަށުން އިންތިހާބުގައި އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުން، އެ އިންތިހާބަކާ ގުޅޭ ހާއްސަ ގަވާއިދުގައިވާ އޮބްޒާވަރުންގެ ސުލޫކީ މިންގަނޑާ އެއްގޮތަށް އަމަލުކުރަންވާނެއެވެ. މި ގޮތުން، އެ އިންތިހާބަކަށް ކުރާ އިއުލާނުގައި އެ އިންތިހާބަކާ ގުޅޭ ސުލޫކީ މިންގަނޑު ހިމަނަންވާނެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 28 ވަނަ މާއްދާގެ (ނ) އިސްލާހުކޮށް، އެ މާއްދާގެ (ރ) ގެ (5) ވަނަ ނަންބަރުގެ ފަހަތަށް (6) ވަނަ ނަންބަރާއި (7) ވަނަ ނަންބަރު އިތުރުކުރުން.

މޮނިޓަރކުރުން 28.

(ނ) އިންތިހާބުގައި ވޯޓު ނަގާ ދުވަހު ރިޕޯޓަރުންގެ ހައިސިއްޔަތުން ވޯޓުލުމުގެ ކަންތައްތައް މޮނިޓަރ ކުރުމުގެ ފުރުސަތު ދެވޭނ،ީ އެކަމަށް އެދި އިލެކްށަންސް ކޮމިށަނަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ހަމަވާ ފަރާތްތަކަށެވެ. އިންތިހާބުގައި ރިޕޯޓަރުންގެ ހައިސިއްޔަތުން މޮނިޓަރ ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާނ،ީ އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ނިޒާމުގެ ތެރެއިންނެވެ.

(ރ)

6. ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ސުލޫކީ މިންގަނޑާ ހިލާފުވެގެން ފިޔަވަޅެއް އަޅައިފައިވާ މީހަކު ކަމުގައި ނުވުން، ނުވަތަ އިންތިހާބީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛

7. އިންތިހާބުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅައިފައިވާ ސުލޫކީ މިންގަނޑު ކިޔައި، އެއާ އެއްގޮތަށް އަމަލުކުރުމަށް އެއްބަސްވެ އިޤު ރާރުވެފައިވާ މީހަކު ކަމުގައި ވުން.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 35 ވަނަ މާއްދާގެ ސުރުހީ އިސްލާހުކޮށް، އެ މާއްދާގެ (ނ) ގެ ފަހަތަށް (ރ) އާއި (ބ) އިތުރުކުރުން.

ޖިސްމާނީ ގޮތުން ނުކުޅެދިގެންވާ މީހުންނަށް ވޯޓުކަރުދާހުގައި ފާހަގަ ޖެހުމުގައި އެހީތެރިވެދިނުން 35.

(ރ) ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހަކ،ު އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓުކަރުދާހުގައި ފާހަގަ ޖެހުމަށް ޓަކައި، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) 1-45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަ ތީން ވޯޓުލުމުގެ އިންތިޒާމު އިލެކްށަންސް ކޮމިށަނުން ހަމަޖައްސައިދޭންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގެ ބޭނުމަށް އިލެކްށަންސް ކޮމިށަނުން ބޭނުންވާ އެހީތެރިކަން އިލެކްށަންސް ކޮމިށަނުން އެދޭ ގޮތެއްގެ މަތީން ގުޅުންހުރި އިދާރާތަކުން ފޯރުކޮށްދޭންވާނެއެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 37 ވަނަ މާއްދާ އުނިކުރުން.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 53 ވަނަ މާއްދާގެ (ނ) އިސްލާހުކުރުން.

އިންތިހާބާ ގުޅޭ މާލީ ކަންކަމާބެހޭ މައުލޫމާތު އިލެކްށަންސް ކޮމިށަނަށް ހުށަހެޅުން 53.

(ނ) ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 73 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް، އިންތިހާބާ ގުޅިގެން ކޮންމެ ކެންޑިޑޭޓަކު ހުށަހަޅާ މާލީ ބަޔާނަކ،ީ ދައުލަތުގެ ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ އޮޑިޓަރަކު އޮޑިޓްކޮށް، ސޮއިކޮށްފައިވާ މާލީ ބަޔާނަކަށް ވާންވާނެއެވެ. މާލީ ބަޔާން ހުށަހަޅަންވާނީ އިލެކްށަންސް ކޮމިށަނުން، އެ އިންތިހާބަކަށް ކުރާ އިއުލާނާއެކު އާންމުކުރާ ފޯމެޓާ އެއްގޮތަށެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 59 ވަނަ މާއްދާ ގެ (ހ) އިސްލާހުކުރުން.

މާނަކުރުން .59 

(ހ)

  1. "އިންތިހާބު" ކަމުގައި ބުނެފައި އެވަނ،ީ ޤާނޫނުއަސާސީއާއި، ގާނޫނުތަކުގެ ދަށުން އިލެކްށަންސް ކޮމިށަނުން ހިންގައި ބަލަހައްޓަންޖެހޭ އެންމެހައި އިންތިހާބުތަކަށެވެ؛
  2. "ވޯޓުލާ މަރުކަޒު" ކަމުގައި ބުނެފައި އެވަނ،ީ އިންތިހާބުގައި ވޯޓުލުމަށް ވޯޓު ފޮށި ބަހައްޓައިފައިވާ ކޮންމެ ތަނަކަށެވެ. ވޯޓުނަގައި ވޯޓު ގުނުމުގެ ކަންތައްތައް ހިންގާނީ ވެސ،ް މި މަރުކަޒުގައެވެ؛
  3. "ފޯކަލް ޕޮއިންޓު" ކަމުގައި ބުނެފައި އެވަނ،ީ ރަށު/ އަތޮޅު/ ސިޓީތަކުން އިންތިހާބުގެ މަސައްކަތް ކުރުމަށް ޓަކައި، އިލެކްށަންސް ކޮމިށަނުން އައްޔަނުކުރާ ފަރާތްތަކަށެވެ؛
  4. "ކޮމިޓީ" ކަމުގައި ބުނެފައި އެވަނ،ީ ރަށު/ އަތޮޅު/ ސިޓީތަކުން އިންތިހާބުގެ މަސައްކަތް ކުރުމަށް ޓަކައި، އިލެކްށަންސް ކޮމިށަނުން އައްޔަނުކުރާ ކޮމިޓީތަކަށެވެ؛
  5. "ވޯޓިންގ ބޫތު" ކަމުގައި ބުނެފައި އެވަނ،ީ ވޯޓުކަރުދާހުގައި ފާހަގަ ޖެހުމަށް ހުންނަން، ކަނޑައަޅައިފައިވާ ކޮށިގަނޑަށެވެ؛
  6. "އޮބްޒާވަރުން" ކަމުގައި ބުނެފައި އެވަނ،ީ ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) އާއި، މި ގަވާއިދުގައި ބުނެފައިވާ ގޮތުގެ މަތީން އިލެކްށަންސް ކޮމިށަނުން، އެ އިންތިހާބެއް އޮބްޒާވްކުރުމަށް ހުއްދަ ދީފައިވާ ފަރާތްތަކަށެވެ؛
  7. "މޮނިޓަރުން" ކަމުގައި ބުނެފައި އެވަނ،ީ ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) އާއި، މި ގަވާއިދުގައި ބުނެފައިވާ ގޮތުގެ މަތީން އެ އިންތިހާބުގެ ވޯޓު ނަގާ ދުވަހު ވޯޓުލާ ސަރަހައްދުތަކުގައްޔާއި ވޯޓު ގުނާ މަރުކަޒުތަކުގައި ވޯޓުލުމުގެ ކަންތައްތައް ކަވަރުކުރުމަށް އިލެކްށަންސް ކޮމިށަނުން ހުއްދަ ދީފައިވާ މީޑިއާގެ ފަރާތްތަކަށެވެ؛
  8. "ޕާޓީ" ނުވަތަ "ސިޔާސީ ޕާޓީ" ކަމުގައި ބުނެފައި އެވަނ،ީ ސިޔާސީ ޕާޓީތައް ހިންގައި ބެލެހެއްޓުމާ ގުޅޭގޮތުން ދިވެހިރާއްޖޭގައި އަމަލުކުރާ ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އިލެކްށަންސް ކޮމިށަނުގައި ރަޖިސްޓަރީ ކޮށްފައިވާ ކޮންމެ ސިޔާސީ ޕާޓީއަކަށެވެ؛
  9. "ވޯޓު ނެގުމާބެހޭ ކަންތައްތައް ބަލަހައްޓަން ތިބޭ މީހުން" ކަމުގައި ބުނެފައި އެވަނ،ީ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ވޯޓު ނެގުމާއި، ވޯޓު ގުނުމާބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުމަށް ތިބ،ޭ އިލެކްށަންސް ކޮމިށަނުގެ މުވައްޒަފުން ނުވަތަ އެކަމަށް ކޮމިށަނުން އައްޔަނުކޮށްފައި ތިބޭ މީހުންނަށެވެ؛
  10. "ކާކުކަން އަންގައިދޭ ރަސްމީ ލިޔުން" ކަމުގައި ބުނެފައި އެވަނ،ީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި، ދިވެހި ޕާސްޕޯޓާއި، ޕާސްޕޯޓު ކާޑާއި، ދިވެހި ސަރުކާރުން ދޫކޮށްފައިވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ކާޑުގެ ތެރެއިން، އެ ލިޔުމެއްގެ މުއްދަތު ހަމަވެފައިނުވާ، އަދި އެ ލިޔުމެއްގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު އެނގެން އޮންނަ ފޮޓޯ ޖެހި ލިޔުންތަކަށެވެ؛
  11. "ކޮމްޕްލެއިންޓްސް އޮފިސަރ" ކަމުގައި ބުނެފައި އެވަނ،ީ ވޯޓު ފޮށީގެ ވެރިޔާއަށެވެ؛
  12. "އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ކަމުގައި ބުނެފައި އެވަނ،ީ އިންތިހާބާ ގުޅޭ ށަކުވާ ބަލައިގަތުމަށް ގާއިމުކޮށްފައިވާ ޔުނިޓްތަކަށެވެ؛
  13. "ޒާތީ މައުލޫމާތު" ކަމުގައި ބުނެފައި އެވަނ،ީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، އުފަންތާރީހާއި، ފޯނު ނަންބަރާއި، ފޮޓޯއަށެވެ.

 

11 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނ،ީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

އިންތިހާބުތަކާބެހޭ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 2020-48)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އިންތިހާބުތަކާބެހޭ އާންމު ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2020-48)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު