ޕްރޮސިކިއުޓްކުރުމުގެ އިޖްރާއަތުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް)
(ކޮންސޮލިޑޭޓެޑް ނަންބަރު 2017-76)
(1ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 211 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާ ހަވާލާދީ، ޖިނާއީ މައްސަލަތަކުގައި ދައުވާ އުފުލުމާއި ދައުވާ ކުރުމާގުޅޭ ކަންކަމުގައި އަމަލުކުރަންވީ ތަފްސީލީ އިޖުރާއަތުތައް ބަޔާންކުރުމާއި، ޖިނާއީ މައްސަލަތަކުގައި ދައުވާކުރާ ފަރާތުގެ ހައިސިއްޔަތުން ޖިނާއީ އިޖުރާއަތުގެ ގާނޫނު ތަންފީޒުކުރުމަށްޓަކައި ކަނޑައަޅަންޖެހޭ ތަފްސީލީ އިޖުރާއަތުތައް ބަޔާންކުރުމާއި އެ ގާނޫނުގައިވާ ގޮތުގެމަތިން ހިފެހެއްޓޭ އެއްޗެހި ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ އުސޫލު ކަނޑައަޅާ ގަވާއިދެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ޕްރޮސިކިއުޓްކުރުމުގެ އިޖުރާއަތުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - ޖަދުވަލަކީ ގަވާއިދުގެ ބައެއް ކަމުގައި ކަނޑައެޅުން
މި ގަވާއިދުގައި ހަވާލާދީފައިވާ އަދި މި ގަވާއިދާ އެކުގައި އެވާ ހަ ޖަދުވަލަކީ މި ގަވާއިދުގެ މުހިންމު ބައެކެވެ. އަދި މި ގަވާއިދު ފުރިހަމަވާނީ އެ ހަ ޖަދުވަލާ އެކުގައެވެ.
މައްސަލަ ހުށަހެޅުން
3 ވަނަ މާއްދާ - މައްސަލަތައް ހުށަހެޅުން
(ހ) ޖިނާއީ މައްސަލަތަކުގައި ދައުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަޅަންވާނީ ގާނޫނު ތަންފީޒުކުރާ އިދާރާއަކުންނެވެ.
(ށ) ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ގާނޫނު ތަންފީޒުކުރާ އިދާރާއަކުން ތަހުގީގުކޮށްފައިވާ މައްސަލައެއް އެކަށީގެންވާ މިންވަރަކަށް ތަހުގީގު ކުރެވިފައިވާކަމަށް ބެލެވޭނީ، ކުށުގެ އުންސުރުތަކާއި، ކުށުގެ ނިޔަތާ ގުޅޭގޮތުން ފުރިހަމަވުމަށް ކުށް ބަޔާންކުރާ ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ތަހުގީގުކޮށްފައިވާނަމައެވެ.
(ނ) ގާނޫނު ތަންފީޒުކުރާ އިދާރާއަކުން ތަހުގީގުކުރާ މައްސަލައެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ބަލައިގަންނާނީ، މި މާއްދާގެ (ށ) އާ އެއްގޮތްވާ ގޮތުގެމަތިން އެ މައްސަލައެއްގެ ތަހުގީގު ފުރިހަމަވުމުންނެވެ.
(ރ) މި މާއްދާގެ (ނ) ގެ ބޭނުމަށްޓަކައި، ކުށުގެ ތުހުމަތުކުރެވޭ ފަރާތަށް ގާނޫނުލްއުގޫބާތުގެ 40 ވަނަ ބާބާއި، 50 ވަނަ ބާބު އަދި 60 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ދިފާއުތަކުގެ ތެރެއިން ދިފާއެއް ލިބޭ ަނމަ، އެ ދިފާއާ ގުޅޭގޮތުން ބަލަންޖެހޭ އެންމެހައި ކަންކަމަށް ރިއާޔަތްކޮށްފައި އޮންނަންވާނެއެވެ.
(ބ) މި މާއްދާގެ (ނ) ގައި އެހެން އޮތް ނަމަވެސް، ތުހުމަތުކުރެވޭ ފަރާތާއި ޕްރޮސިކިއުޓަރ ޖެނެރަލްއާ ދެމެދު، އިއުތިރާފުގެ އެއްބަސްވުމެއް ވެފައިވާނަމަ، އެ މައްސަލައެއް ބެލުމުގެ އިހްތިސާސް ިލބިގެންވާ ކޯޓަކަށް ހުށަހެޅުމަށްޓަކައި މައްސަލަ ތަހުގީގުކުރާ އިދާރާއިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެ މައްސަލައެއް ހުށަހަޅަންވާނެއެވެ.
(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ފަދައިން ހުށަހެޅޭ މައްސަލައަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 80 ވަނަ މާއްދާގެ ބޭނުމަށް ތަހުގީގު ފުރިހަމަވެފައިވާ މައްސަލައެއް ކަމުގައި ބަލަންވާނެއެވެ.
4 ވަނަ މާއްދާ - ތަހުގީގާ ގުޅޭގޮތުން ށަކުވާ ހުށަހެޅުން
ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއްގައި، ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ތަހުގީގުކޮށްދިނުމަށް އެދި ހުށަހެޅޭ މައްސަލައަކާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ށަކުވާ ހުށަހެޅިދާނެއެވެ.
(ހ) ތަހުގީގުކުރާ އިދާރާއަށް މައްސަލަ ހުށަހެޅުމުން އެ އިދާރާއިން އެ މައްސަލަ ބަލައިނުގަތުން؛ ނުވަތަ
(ށ) މައްސަލައިގެ ތަހުގީގު އެކަށީގެންވާ ގޮތެއްގައި ތަހުގީގުކުރާ އިދާރާއިން ކުރިއަށް ގެންގޮސްފައި ނުވާކަމަށް މައްސަލަ ހުށަހެޅި ފަރާތަށް ގަބޫލުކުރެވުން.
5 ވަނަ މާއްދާ - ށަކުވާ ހުށަހަޅާ ފޯމު
މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަކުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނީ މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމު މެދުވެރިކޮށެވެ.
6 ވަނަ މާއްދާ - ށަކުވާ ބަލައިގަތްކަމުގެ ލިޔުން ދޫކުރުން
(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ށަކުވާއެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅިއްޖެނަމަ އެ ށަކުވާ ބަލައިގަތްކަމުގެ ލިޔުމެއް ށަކުވާ ހުށަހެޅި ފަރާތަށް ދޫކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ލިޔުން އޮންނާނެ ގޮތުގެ ނަމޫނާ މި ގަވާއިދުގެ ޖަދުވަލު 2 ގައި އެވަނީއެވެ.
7 ވަނަ މާއްދާ - ށަކުވާއާ ގުޅިގެން ނިންމާ ނިންމުން
(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގައިވާ ގޮތުގެމަތިން ހުށަހެޅޭ ށަކުވާއާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އެ ށަކުވާއާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމާ ނިންމުން ށަކުވާ ހުށަހެޅި ފަރާތަށް ލިޔުމުން ދޭންވާނެއެވެ.
(ށ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ ދަށުން ށަކުވާއެއް ބަލައިގެންފިނަމަ، އެ ށަކުވާއެއް ބަލައިގަންނަ ތާރީހުން ފެށިގެން ރަސްމީ މަސައްކަތު 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ށަކުވާއެއް ބަލައި ނިންމަންވާނެއެވެ.
8 ވަނަ މާއްދާ - ށަކުވާއާ ގުޅިގެން ނިންމާ ނިންމުން ތަންފީޒުކުރުން
(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅޭ ށަކުވާއެއް ބެލުމަށްފަހު، އެ މައްސަލައަކީ ތަހުގީގުކުރަންޖެހޭފަދަ މައްސަލައެއްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅައިފިނަމަ، ށަކުވާ ހުށަހެޅުނު މައްސަލަ ތަހުގީގުކުރުމަށް އެ މައްސަލައެއް ހުށަހެޅުނު އިދާރާއަށް
އަމުރުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ށަކުވާ ހުށަހެޅުނު މައްސަލަ ތަހުގީގުކުރުމަށް އެ މައްސަލައެއް ހުށަހެޅުނު އިދާރާއަށް ޕްރޮސިކިއުޓަރ ޖެނެރަލް އަމުރުކޮށްފިނަމަ، އެ މައްސަލަ ތަހުގީގުކުރުމަށް އިންވެސްޓިގޭޓިންގ އޮފިސަރެއް ކަނޑައަޅައި، 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ އިދާރާއަކުން ޕްރޮސިކިއުޓަރ ޖެނެރަލަށް އަންގަންވާނެއެވެ. އަދި އެއަށްފަހު، އެ މައްސަލައަކާ ގުޅޭގޮތުން ޕްރޮސިކިއުޓަރެއް އައްޔަންކޮށް، އެ މައްސަލަ ތަހުގީގުކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅެންދެން ތަހުގީގީ އިދާރާގެ އިންވެސްޓިގޭޓިންގ އޮފިސަރު ކޮންމެ 15 (ފަނަރަ) ދުވަހަކުން ޕްރޮސިކިއުޓަރަށް ތަހްގީގުކުރެވޭ މިންވަރު އަންގަމުން ގެންދަންވާނެއެވެ.
(ނ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅޭ ށަކުވާއެއް ބެލުމަށްފަހު، އެ ތަހުގީގަކާ ގުޅިގެން ރަނގަޅުކުރަންޖެހޭ ކަމެއް އޮތްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެންނަނަމަ، އެ ކަންކަން ރަނގަޅު ކުރުމަށް އެ މައްސަލައެއް ހުށަހެޅުނު އިދާރާއަށް އަމުރުކުރަންވާނެއެވެ.
ތަންތަނާއި މުދާ ބަލައި ފާސްކުރުމުގައި ހިފެހެއްޓޭ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން
9 ވަނަ މާއްދާ - ތަކެތި ހިފެހެއްޓުމުގެ ބާރު
ތަންތަނާއި މުދާ ބަލައި ފާސްކުރުމުގައި، ހެކީގެ ގޮތުގައި ބޭނުންކުރުމަށް ނުވަތަ ކުށްކޮށްގެން ހޯދާފައިވާ މުދާކަމަށް ބެލެވޭ ތަކެތި ހިފެހެއްޓުމުގެ ބާރު ގާނޫނުގައިވާ ގޮތުގެމަތިން ގާނޫނު ތަންފީޒުކުރާ އިދާރާގެ އޮފި ަސރުންނަށް ލިބިގެންވެއެވެ.
10 ވަނަ މާއްދާ - ސީލްކުރުމާއި އެވިޑެންސް ނަންބަރު ދިނުން
(ހ) ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ބަލައި ފާސްކުރުމުގައި އެއްޗެއް ހިފަހައްޓައިފިނަމަ، އެ އެއްޗެއް ލަސްނުކޮށް ސީލްކުރަންވާނެއެވެ. އަދި ހިފެހެއްޓޭ އެއްޗަކީ، ސީލްނުކުރެވޭ ބާވަތުގެ އެއްޗެއްކަމުގައި ވާނަމަ، އެ އެއްޗެއް ހިފެހެއްޓި ބޭނުން ނުގެއްލޭނެ ގޮތަށް ރައްކާތެރިކުރަންވާނެއެވެ.
(ށ) ހިފެހެއްޓޭ ކޮންމެ އެއްޗަކަށް އެވިޑެންސް ނަންބަރެއްދީ އެ ނަންބަރު ރެކޯޑުކުރަންވާނެއެވެ.
11 ވަނަ މާއްދާ - ޗެއިން އޮފް ކަސްޓަޑީ
(ހ) ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ބަލައި ފާސްކުރުމުގައި އެއްޗެއް ހިފަހައްޓައިފިނަމަ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަކޮށް، އެ އެއްޗަކާ އެޓޭޗްކުރަންވާނެއެވެ.
(ށ) ހިފެހެއްޓޭ ތަކެތީގެ ޗެއިން އޮފް ކަސްޓަޑީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ރަނގަޅަށް ބަލަހައްޓަންވާނެއެވެ.
(ނ) ހިފެހެއްޓޭ ތަކެތި އެއްތަނުން އަނެއްތަނަށް ގެންދާނަމަ، ނުވަތަ އެކަކު އަތުން އަނެކެއްގެ އަތަށް ބަދަލުކުރާނަމަ، އެ އެއްޗަކާ އެޓޭޗްކޮށްފައިވާ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަކުރަންވާނެއެވެ.
12 ވަނަ މާއްދާ - ސަމާލުވުމުގެ ނިށާން ޖެހުން
ހިފެހެއްޓޭ ތަކެތީގެ ތެރޭގައި ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ބާވަތުގެ އެއްޗެއްވާނަމަ، އެ އެއްޗެއްގައި އެކަން އެނގޭނޭފަދަ ނިށާނެއް ޖަހަންވާނެއެވެ.
13 ވަނަ މާއްދާ - އިންވެންޓްރީ ބެލެހެއްޓުން
(ހ) ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ބަލައި ފާސްކުރުމުގައި ހިފެހެއްޓޭ އެއްޗެހީގެ އިންވެންޓްރީއެއް އެކުލަވާލަންވާނެއެވެ. އެކަން ކުރަންވާނީ ބަލައި ފާސްކުރުމުގެ ކޯޓު އަމުރެއް ތަންފީޒުކުރާ އޮފިސަރުގެ އިތުރުން، ގާނޫނު ތަންފީޒުކުރާ އިދާރާގެ އެހެން އޮފިސަރަކާއި، ތަކެތީގެ ވެރިފަރާތް ނުވަތަ ވެރިފަރާތް ނެތް ހާލަތެއްގައި ވެރިފަރާތުގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތެއްގެ ހާޒިރުގައެވެ.
(ށ) ހިފެހެއްޓޭ އެއްޗެހީގެ އިންވެންޓްރީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ރައްކާތެރިކޮށް ބަލަހައްޓަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވާލެވޭ އިންވެންޓްރީގައި އަންނަނިވި މައުލޫމާތުތައް ފުރިހަމަވެފައި ހުންނަންވާނެއެވެ.
- ހިފެހެއްޓޭ ތަކެތީގެ ވެރިފަރާތް އެނގޭނަމަ ވެރިފަރާތުގެ މައުލޫމާތު؛
- ހިފެހެއްޓޭ ތަކެތީގެ އެވިޑެންސް ނަންބަރު؛
- ހިފެހެއްޓޭ ތަކެތީގެ ބާވަތް؛
- ހިފެހެއްޓޭ ތަކެތީގެ އަދަދު ނުވަތަ ބަރުދަން؛
- ތަކެތި ހިފެހެއްޓުނު ތާރީހާއި، ތަނާއި، ވަގުތު؛
- ތަކެތި ހިފެހެއްޓުނުއިރު އެ ތަކެތި ހުރި ހާލަތު؛
- ތަކެތި ހިފެހެއްޓި އޮފިސަރާއި، އިންވެންޓްރީ ތައްޔާރުކުރެވުނުއިރު ހާޒިރުވެތިބި ފަރާތްތަކުގެ މައުލޫމާތާއި ސޮއި.
(ރ) މި މާއްދާގެ (ހ) ގެ ދަށުން ތައްޔާރުކުރެވޭ އިންވެންޓްރީގައި، އިންވެންޓްރީ ތައްޔާރުކުރެވުނުއިރު ތަކެތީގެ ވެރިފަރާތް ނުވަތަ ވެރިފަރާތް ނެތް ހާލަތެއްގައި ވެރިފަރާތުގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތުން ސޮއިކުރުމަށް އިންކާރުކުރާނަމަ، އެކަން ބަޔާންކޮށް، ސޮއިކުރުމަށް އިންކާރު ކުރިކަމަށް ހެކިވާނެ ދެ ފަރާތެއްގެ މައުލޫމާތާއި ސޮއި ހިމަނަންވާނެއެވެ.
(ބ) ހިފެހެއްޓޭ މުދަލުގެ އިންވެންޓްރީ އެކުލަވާލުމަށްފަހު އެ އިންވެންޓްރީގެ ކޮޕީއެއް، ބަލައި ފާސްކުރެވުނުތާ 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި އެ މުދަލުގެ ވެރިފަރާތަށް ނުވަތަ ވެރިފަރާތް ނެތް ހާލަތެއްގައި ވެރިފަރާތުގެ މަސްލަހަތު ހިމާޔަތް ކޮށްދެވޭނެ ފަރާތަކަށް ދޭންވާނެއެވެ.
14 ވަނަ މާއްދާ - ހިފެހެއްޓޭ ތަކެތި ގާނޫނު ތަންފީޒުކުރާ އިދާރާގެ ބެލުމުގެ ދަށުގައި ބެހެއްޓުން
ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ބަލައި ފާސްކުރުމުގައި ހިފެހެއްޓޭ ތަކެތި އަންނަނިވި ބޭނުންތަކަށްޓަކައި، އެ ކަންކަން ނިމެންދެން، ގާނޫނު ތަންފީޒުކުރާ އިދާރާގެ ބެލުމުގެ ދަށުގައި ބެހެއްޓިދާނެއެވެ.
(ހ) ޖިނާއީ ކުށެއްގެ ތަހުގީގެއްގައި ބޭނުންކުރުމަށް؛
(ށ) ޖިނާއީ ކުށެއްގެ ށަރީއަތުގައި ހެއްކެއްގެ ގޮތުގައި ބޭނުންކުރުމަށް؛
(ނ) އެ އެއްޗަކީ ގާނޫނާ ހިލާފަށް ނުވަތަ ކުށެއްކޮށްގެން ހޯދާފައިވާ އެއްޗެއް ކަމުގައި ބެލުމުގެ އެކަށީގެންވާ ހެކި ލިބިފައިވާނަމަ، އެ އެއްޗެއްގެ ހަގީގީ ވެރިފަރާތް ހޯދުން.
15 ވަނަ މާއްދާ - ހިފެހެއްޓޭ ތަކެތި ބަހައްޓާ ނުވަތަ ރައްކާކުރާ ތަން
(ހ) ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ބަލައި ފާސްކުރުމުގައި ހިފެހެއްޓޭ ތަކެތި ބަހައްޓާނީ ނުވަތަ ރައްކާކުރާނީ، މި ގަވާއިދުގައިވާ ގޮތުގެމަތިން ގާނޫނު ތަންފީޒުކުރާ އިދާރާގެ އެންމެ އިސްވެރިޔާ ކަނޑައަޅާ ތަނެއްގައެވެ.
(ށ) ހިފެހެއްޓޭ ތަކެތި ބަހައްޓަންވާނީ އެ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް އެންމެ އެކަށީގެންވާ ތަނެއްގައެވެ. އަދި އެ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ނިޒާމެއް ގާނޫނު ތަންީފޒުކުރާ އިދާރާގައި ގާއިމުކޮށްފައި ހުންނަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަން ހުންނަންވާނީ އެ އިދާރާއެއްގެ އެންމެ އިސްވެރިޔާ ނުވަތަ އޭނާ ކަނޑައަޅާ ފަރާތެއްގެ ބެލުމުގެ ދަށުގައެވެ.
16 ވަނަ މާއްދާ - ހިފެހެއްޓޭ ތަކެތި ރައްކާތެރިކޮށް ބެލެހެއްޓުން
(ހ) ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ބަލައި ފާސްކުރުމުގައި ހިފަހައްޓާ ތަކެތި، އެ ތަކެތި ހިފެހެއްޓި ގާނޫނު ތަންފީޒުކުރާ އިދާރާއިން ރައްކާތެރިކަމާއެކު ބަލަހައްޓަންވާނެ ެއވެ. ހިފެހެއްޓޭ ތަކެތި ރައްކާކުރުމުގައި ނުވަތަ ބެހެއްޓުމުގައި އެ ތަކެތީގެ ޒާތަށާއި، ބާވަތަށް ބަލަންވާނެއެވެ. އަދި އެ އެއްޗެއް ހިފެހެއްޓި ބޭނުން ގެއްލިގެން ނުދާނޭ ގޮތެއްގެ މަތިން އެ އެއްޗެއް ރައްކާކުރުމަށް ހާއްސަ
ސަމާލުކަމެއް ދޭންވާނެއެވެ.
(ށ) ހިފެހެއްޓޭ ތަކެތި ރައްކާކޮށް ތަރުތީބުކުރަންވާނީ އޭގެ އަސްލަށް ބަދަލެއް ނާންނާނެފަދަ ގޮތަކަށް ވަކިވަކިންނެވެ.
(ނ) ހިފެހެއްޓޭ ތަކެތި އެއްތަނުން އަނެއްތަނަށް ގެންދަންވާނީ އެ ތަކެއްޗަށް ގެއްލުމެއް ނުވާނޭފަދައިން އެކަށީގެންވާ ރައްކާތެރިކަމާއެކު އެކަމަށް ހާއްސަކުރެވިފައިވާ ވަސީ ަލތެއްގެ އެހީތެރިކަމާއެކީގައެވެ.
17 ވަނަ މާއްދާ - ގާނޫނު ތަންފީޒުކުރާ އިދާރާގެ ބެލުމުގެ ދަށުގައި ބަހައްޓާ ތަކެތީގެ ދަފްތަރު ބެލެހެއްޓުން
(ހ) ހިފެހެއްޓޭ ތަކެތި ރައްކާކޮށް ބަލަހައްޓާ ތަނުގައި، ރައްކާކުރެވޭ ތަކެތީގެ ދަފްތަރެއް ގާއިމްކޮށްފައި އޮންނަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ގާއިމްކުރެވޭ ދަފްތަރުގައި އަންނަނިވި މައުލޫމާތުތައް ހިމަނަންވާނެއެވެ.
- ރައްކާކުރެވޭ ތަކެތީގެ ވެރިފަރާތް އެނގޭނަމަ ވެރިފަރާތުގެ މައުލޫމާތު؛
- ރައްކާކުރެވޭ ތަކެތީގެ އެވިޑެންސް ނަންބަރު؛
- ރައްކާކުރެވޭ ތަކެތީގެ ބާވަތް؛
- ރައްކާކުރެވޭ ތަކެތީގެ އަދަދު ނުވަތަ ބަރުދަން؛
- ރައްކާކުރާ ތަނަށް ތަކެތި ގެނެވުނު ތާރީހާއި ވަގުތު؛
- ރައްކާކުރާ ތަނަށް ތަކެތި ގެނެވުނުއިރު އެތަކެތި ހުރި ހާލަތު؛
- ރައްކާކުރާ ތަނަށް ތަކެތި ގެނައި ފަރާތުގެ މައުލޫމާތާއި ސޮއި؛
- ރައްކާކުރާ ތަނުން ތަކެއްޗާ ހަވާލުވި ފަރާތުގެ މައުލޫމާތާއި ސޮއި.
(ނ) ރައްކާކުރެވޭ ތަކެތި ދަފްތަރުކުރާ ފަރާތުން އަންނަނިވި ކަންކަން ފުރިހަމަވެފައިވާކަން ޔަގީންކުރަންވާނެއެވެ.
- ކޮންމެ އެއްޗަކަށް ތަފާތު ވަކި އެވިޑެންސް ނަންބަރެއް ދީ ލޭބަލްކުރެވިފައިވާކަން؛
- ތަކެތި ރަނގަޅަށް ބަންދުކޮށް، ސީލްކުރެވިފައިވާކަން؛
- ތަކެތި ގެންގުޅުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތަކަށް އަމަލުކޮށްފައިވާކަން.
18 ވަނަ މާއްދާ - ހިފެހެއްޓޭ ތަކެތި ރައްކާކޮށް ބަލަހައްޓާ ތަންތަނަށް ވަދެ ނިކުތުން
(ހ) ހިފެހެއްޓޭ ތަކެތި ރައްކާކޮށް ބަލަހައްޓާ ތަންތަނުގައި ފިންގަރ ޕްރިންޓް ނުވަތަ ކާރޑް ރީޑާރ ބޭނުންކޮށްގެން އެތަނަށް ވަދެ ނިކުމެވޭނެ ފަދަ އެކްސެސް ކޮންޓްރޯލް ނިޒާމެއް ގާއިމުކޮށްފައި ހުންނަންޖެހޭނެއެވެ.
(ށ) ހިފެހެއްޓޭ ތަކެތި ރައްކާކޮށް ބަލަހައްޓާ ތަނަކަށް ވަދެވޭނީ އެތަނަކަށް ވަނުމުގެ ހުއްދަ ލިބިފައިވާ މުވައްޒަފުންނަށް އެކަންޏެވެ. އަދި ހުއްދަ ލިބިފައިވާ ކޮންމެ މުވައްޒަފަކުވެސް އެތަނަކަށް ވަންނަންވާނީ ކާޑު ނުވަތަ ފިންގަރ ޕްރިންޓް ބޭނުންކޮށްގެންނެވެ.
(ނ) ހިފެހެއްޓޭ ތަކެތި ރައްކާކޮށް ބަލަހައްޓާ ތަންތަނަށް ވަދެނިކުމެހަދާ ފަރާތްތަކުގެ އަންނަނިވި މައުލޫމާތުތައް ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ރެކޯޑުކޮށް ބަލަހައްޓަންވާނެއެވެ.
- ތަކެތި ރައްކާކޮށްފައިވާ ތަނަށް ވަތް ފަރާތުގެ މައުލޫމާތު؛
- ވަތް ތާރީހާއި ގަޑި؛
- ނިކުތް ތާރީހާއި ގަޑި.
(ރ) ހިފެހެއްޓޭ ތަކެތި ރައްކާކޮށް ބަލަހައްޓާ ތަނުގައި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ އެކްސެސް ކޮންޓްރޯލް ނިޒާމެއް ގާއިމުކުރިނަމަވެސް އެ ނިޒާމަށް މައްސަލައެއް ދިމާވެއްޖެ ހާލަތެއްގައިވެސް އެ ތަނަށް ވަދެނިކުމެހަދާ ފަރާތްތަކުގެ މައުލޫމާތު ފުރިހަމައަށް ބަލަހައްޓަންވާނެއެވެ.
(ބ) ހިފެހެއްޓޭ އެއްޗެހި ރައްކާކޮށްފައިވާ ތަނުގައި 24 (ސައުވީސް) ގަޑިއިރު އޮޕަރޭޓް ކުރެވެމުންދާ ގޮތަށް ސަވައިލަންސް ކެމެރާ ހަރުކޮށްފައި ހުންނަންވާނެއެވެ. އަދި މިގޮތަށް ރެކޯޑްކުރެވޭ މައުލޫމާތު އެ އިދާރާއެއްގައި 45 (ސާޅީސް ފަހެއް) ދުވަހުގެ މުއްދަތަކަށް ރައްކާކޮށްފައި ހުންނަންވާނެއެވެ. ހިފެހެއްޓޭ އެއްޗެހި ރައްކާކޮށް ބަލަހައްޓާ ތަނުގެ ސެކިއުރިޓީގެ ކަންކަން ގަވާއިދުން ބަލަންވާނެއެވެ. އަދި މައްސަލައެއް ފާހަގަ ކުރެވިއްޖެނަމަ ލަސްނުކޮށް ކަމާބެހޭ އިސްވެރިޔަކަށް އެކަން އަންގަންވާނެއެވެ.
(ކ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ފަދައިން އިސްވެރިޔަކަށް ރިޕޯޓު ކުރެވިއްޖެނަމަ، ލަސްނުކޮށް އެ މައްސަލައެއް ހައްލުކުރުމުގެ މަސައްކަތް އިސްވެރިޔާ ކުރަންވާނެއެވެ.
19 ވަނަ މާއްދާ - ރެކޯޑު ބެލެހެއްޓުން
މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމުގެ މަގްސަދު ހާސިލުކުރުމަށްޓަކައި އަންނަނިވި ލިޔެކިޔުންތައް ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ބަލަހައްޓަންވާނެއެވެ.
(ހ) ހިފެހެއްޓޭ އެއްޗެހި ރައްކާކޮށް ބަލަހައްޓާ ތަންތަނަށް ވަދެ ނިކުތުމަށް ހުއްދަ ދޭ ފަރާތްތަކުގެ މައުލޫމާތު؛
(ށ) ހިފެހެއްޓޭ އެއްޗެހި ރައްކާކޮށް ބަލަހައްޓާ ތަންތަނަށް ވަދެ ނިކުމެހަދާ ފަރާތްތަކުގެ މައުލޫމާތު؛
(ނ) ހިފެހެއްޓޭ އެއްޗެހި ރައްކާތެރިކޮށް ބަލަހައްޓާ ތަނުގެ ތަޅުދަނޑި ދޫކުރެވޭ ފަރާތްތަކުގެ މައުލޫމާތު.
20 ވަނަ މާއްދާ - ހިފެހެއްޓޭ އެއްޗެހި ވަގުތީ ގޮތުން ދޫކުރުން
(ހ) މި ގަވާއިދުގެ ދަށުން ރައްކާކޮށްފައިވާ އެއްޗެއް ގާނޫނު ތަންފީޒުކުރާ އިދާރާއިން ތަހުގީގު ބޭނުމަށް ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ބޭނުމަށް ނުވަތަ ށަރީއަތުގެ ބޭނުމަށް ދޫކުރެވިދާނެ ެއވެ. މިގޮތުން ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބެލުމުގެ ދަށުގައި ބަހައްޓާފައިވާ ނުވަތަ ރައްކާކޮށްފައިވާ އެއްޗެއް ދޫކުރުމަށް އެދޭނީ އެކަމަށް ކަނޑައަޅާފައިވާ ފޯމަކުންނެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ހިފެހެއްޓިފައިވާ އެއްޗެއް ވަގުތީގޮތުން ދޫކުރުމަށް އެދި ހުށަހަޅާ ފޯމުގައި އަންނަނިވި މައުލޫމާތުތައް ފުރިހަމަވެފައި އޮންނަންވާނެއެވެ.
- ހިފެހެއްޓޭ އެއްޗެހި ދޫކުރުމަށް އެދޭ ފަރާތް؛
- ދޫކުރުމަށް އެދޭ އެއްޗެހި؛
- ދޫކުރުމަށް އެދޭ ސަބަބު؛
- ދޫކުރުމަށް ހުއްދަދިން ފަރާތުގެ ނަމާއި، ސޮއި އަދި ސަރވިސް ނުވަތަރެކޯޑް ނަންބަރު؛
- ދޫކުރެވުނު ބޭނުމަށް ހޭދަވާނެ މުއްދަތު.
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ވަގުތީ ގޮތުން ދޫކުރެވޭ އެއްޗެއް، މި މާއްދާގެ (ށ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކުރާ މުއްދަތު ހަމަވުމުގެ ކުރިން އެއްޗެހި ރައްކާކޮށް ބަލަހައްޓާ ތަނަށް ރައްދުކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ވަގުތީ ގޮތުން ދޫކުރެވޭ އެއްޗެއް ދޫކުރެވުނު މުއްދަތު ހަމަވާއިރު، އެ އެއްޗެއް ދޫކުރެވުނު ބޭނުން ފުރިހަމަވެފައި ނުވާނަމަ، އެ އެއްޗެއް ދޫކުރެވިފައިވާ ފަރާތުން މުއްދަތު އިތުރުކޮށްދިނުމަށް ލިޔުމަކުންއެދެންވާނެއެވެ.
21 ވަނަ މާއްދާ - ހިފެހެއްޓޭ ތަކެއްޗާމެދު ގޮތެއް ކަނޑައެޅުން
ގާނޫނު ތަންފީޒުކުރާ އިދާރާއަކުން ހިފަހައްޓާފައިވާ އެއްޗެއް ހިފެހެއްޓި ބޭނުން ނިމުމަކަށް އައުމާއެކު، އެ އެއްޗަކާމެދު ތިރީގައި ބަޔާންކޮށްފައިވާ ގޮތަކުންކުރެ ގޮތަކަށް އަމަލުކުރުމަށް ގާނޫނު ތަ ްނފީޒުކުރާ އިދާރާގެ އިސްވެރިޔާ ކަނޑައަޅަންވާނެއެވެ.
- ތަކެތީގެ ވެރިފަރާތާ ތަކެތި ހަވާލުކުރުން؛
- ތަކެތި ނައްތާލުން؛
- ތަކެތި ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުން؛
- ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ނުވަތަ ކަމާގުޅޭ އެހެން ގާނޫނެއްގައިވާ ގޮތުގެމަތިން އެ އެއްޗަކާމެދު އަމަލުކުރުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހިފެހެއްޓިފައިވާ އެއްޗަކާމެދު ގޮތެއް ކަނޑައެޅުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.
- އެއްވެސް ގާނޫނަކުން ދިވެހިރާއްޖެއަށް ގެނައުން ނުވަތަ ދިވެހިރާއްޖޭގައި ގެންގުޅުން މަނާ އެއްޗެއް؛
- ކުށެއް ކޮށްގެން ނުވަތަ ގާނޫނާ ހިލާފަށް ހޯދާފައިވާ އެއްޗެއް.
(ނ) ހިފެހެއްޓިފައިވާ އެއްޗަކާމެދު ށަރީއަތުން ވަކިގޮތެއް ކަނޑައަޅައިފިނަމަ އެ އެއްޗަކާމެދު އަމަލުކުރަންވާނީ ށަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހިފެހެއްޓިފައިވާ އެއްޗަކާމެދު ގޮތެއް ކަނޑައެޅުމުގެ ކުރިން ގާނޫނު ތަންފީޒުކުރާ އިދާރާއިން ޕްރޮސިކިއުޓަރ ޖެނެރަލްގެ ލަފާ ހޯދަންވާނެއެވެ.
22 ވަނަ މާއްދާ - ހިފެހެއްޓޭ ތަކެތި ވެރިފަރާތާ ހަވާލުކުރުން
(ހ) މި ގަވާއިދުގެ 21 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަ ުރގައިވާ ގޮތުގެމަތިން އަމަލުކުރާނީ އެ އެއްޗެއްގެ ވެރިފަރާތް ކަނޑައެޅިގެން އެނގޭނަމައެވެ.
(ށ) ހިފެހެއްޓިފައިވާ ތަކެތީގެ ވެރިފަރާތް ނޭނގޭނަމަ، އެ ތަކެތީގެ ވެރިފަރާތް ހޯދުމަށް އާންމުކޮށް އިއުލާންކުރަންވާނެއެވެ. މިގޮތުން އެ އިއުލާނުގައިވާ މުއްދަތު ހަމަވާއިރު ހިފެހެއްޓިފައިވާ ތަކެތީގެ ނުވަތަ މުދަލުގެ ވެރިފަރާތެއް ހޯދިފައިނުވާނަމަ އެތަކެތި ނުވަތަ މުދާ ނައްތާލުމުގެ ނުވަތަ ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމުގެ އިހްތިޔާރު ގާނޫނު ތަންފީޒުކުރާ އިދާރާއަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ހިފެހެއްޓިފައިވާ ތަކެތީގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ބާވަތުގެ ތަކެތި އެ ތަކެތީގެ ވެރި ފަރާތާ ހަވާލުކޮށްގެން ނުވާނެއެވެ.
- އެއްވެސް ގާނޫނަކުން ރާއްޖެއަށް ގެނައުން ނުވަތަ ރާއްޖޭގައި ގެންގުޅުން މަނާ ތަކެތި؛
- ކުށް ކޮށްގެން ނުވަތަ ގާނޫނާ ހިލާފަށް ހޯދާފައިވާ އެއްޗެއް.
(ރ) ހިފެހެއްޓޭ އެއްޗަކީ ހަމައެކަނި އެ އެއްޗެއްގެ ކޮޕީއެއް ނުވަތަ، ފޮޓޯއެއް އޮތުމުން ފުދޭނެ އެއްޗެއް ކަމަށްވާނަމަ، ނުވަތަ، އެ އެއްޗަކީ މައުލޫމާތު ރައްކާކުރެވޭ އެއްޗެއް ކަމުގައިވެފައި، ތަހުގީގަށް ބޭނުންވަނީ އެ އެއްޗެއްގައިވާ މައުލޫމާތު އެކަނި ކަމުގައިވާނަމަ، އަދި އެ މައުލޫމާތަކީ ނަކަލުކުރެވިދާނެ މައުލޫމާތެއްކަމުގައިވާނަމަ، އެ މައުލޫމާތުތަކަށް ވާސިލުވެ، އެ މައުލޫމާތު ނަކަލުކުރުމަށްފަހު، އެ އެއްޗެއް އެ އެއްޗެއްގެ ވެރިފަރާތާ ހަވާލުކުރަންވާނެއެވެ.
(ބ) ހިފެހެއްޓިފައިވާ އެއްޗެއް ވެރިފަރާތާ ހަވާލުކުރަންވާނީ ލިޔުމުންނެވެ. އަދި ހަވާލުކުރާއިރު، އަންނަނިވި މައުލޫމާތުތައް ރެކޯޑުކުރެވިފައި ހުންނަންވާނެއެވެ.
- މުދަލުގެ ނަމާއި، މުދަލަށް ދެވިފައިވާ އެވިޑެންސް ނަންބަރު؛
- މުދަލުގެ ވެރިފަރާތް؛
- މުދަލާ ހަވާލުވި ފަރާތުގެ ނަމާއި ސޮއި؛
- މުދާ ހަވާލުކުރި ފަރާތުގެ ނަމާއި ސޮއި؛
- މުދާ ހަވާލުކުރަން ހުއްދަދިން އިސްވެރިޔާގެ ނަމާއި ސޮއި؛
- މުދާ ހަވާލުކުރި ތާރީހާއި ގަޑި؛
- މުދާ ދޫކުރެވުނުއިރު މުދަލުގެ ހާލަތު.
(ޅ) މި މާއްދާގައިވާ ގޮތުގެމަތިން އެއްޗެއް އޭގެ ވެރިފަރާތާ ހަވާލުކުރުމަށްފަހު، މި ގަވާއިދުގެ 17 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދަފްތަރުގައި އެކަން ރެކޯޑުކުރަންވާނެއެވެ.
(ކ) މި މާއްދާގެ (ހ) އިން ފެށިގެން (ޅ) ގައި ބަޔާންކޮށްފައިވާ އުސޫލުން އަމަލުކުރާނީ ހިފެހެއްޓިފައިވާ އެއްޗެއް ވަކި މުއްދަތަކަށް ހިފެހެއްޓުމަށް ކަމާބެހޭ ކޯޓަކުން އަމުރުކޮށްފައިނުވާނަމައެވެ.
23 ވަނަ މާއްދާ - ހިފެހެއްޓޭ އެއްޗެހި ނައްތާލުން
ހިފެހެއްޓިފައިވާ އެއްޗަކީ އެއްވެސް ގާނޫނަކުން ދިވެހިރާއްޖެއަށް ގެނައުން ނުވަތަ ދިވެހިރާއްޖޭގައި ގެންގުޅުން މަނާ އެއްޗެއް ކަމުގައިވާނަމަ، އެ އެއްޗެއް ހިފެހެއްޓި ބޭނުން ނިމުމުން، އެ އެއްޗެއް ނައްތާލަންވާނެއެވެ.
ދައުވާ އިސްލާހުކުރުމާއި، ދައުވާގެ ތަފުސީލުތަކަށް ބަދަލުގެނައުމާއި، ދައުވާ އަނބުރާ ގެނައުން
24 ވަނަ މާއްދާ - ދައުވާ އަނބުރާ ނުގެނެސް އިސްލާހުކުރުން
(ހ) ކޯޓަށް ހުށަހެޅޭ މައްސަލައެއްގެ ދައުވާ ފޯމުގައި ތިރީގައި ބަޔާންކޮށްފައިވާފަދަ ކުށެއް އޮތްކަމަށް ފާހަގަކުރެވޭނަމަ، ކޯޓުން އެ މައްސަލައެއް އަނބުރާ ގެނައުމުގެ ބަދަލުގައި ދައުވާ ފޯމުން އެ ކުށެއް އިސްލާހުކުރުމުގެ އިހްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވެއެވެ.
- ތުހުމަތުކުރެވޭ ކުށް ބަޔާންކުރުމުގައި އަދި/ނުވަތަ ކުށް ބަޔާންކޮށްފައިވާ މާއްދާގައި ކުށެއް އޮތުން؛ އަދި/ނުވަތަ
- ދައުވާއާގުޅޭ ތަފްސީލެއް ބަޔާންކުރުމުގައި ކުށެއް އޮތުން؛ އަދި/ނުވަތަ ކުށް ބަޔާންކުރުމުގައި ނުވަތަ ދައުވާއާގުޅޭ ތަފްސީލެއް ބަޔާންކުރުމުގައި
ހިމަނަންޖެހޭ ލަފުޒެއް ނުވަތަ އިބާރާތެއް ނުހިމެނި އޮތުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ ކުށެއް، ދައުވާ ފޯމުން، ފާހަގަކުރެވިއްޖެނަމަ އެ ކަމެއް އިސްލާހުކުރާނީ، އެ މައްސަލައަކާ ގުޅޭ ޔުނިޓުގެ އޯވަރއޯލް އިންޗާޖްގެ ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އިރުށާދުގެ ދަށުންނެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ ކުށެއް ދައުވާ ފޯމުގައިވާކަން ފާހަގަކުރެވުނީ ށަރީއަތުގެ މަޖިލީހުގައި ކަމަށްވާނަމަ، އެ ކުށް އިސްލާހުކުރުމަށްޓަކައި ށަރީއަތް މެދުކަނޑާލަ ދިނުމަށް އެދި މައްސަލަ ބަލާ ފަނޑިޔާރުގެ ކިބައިން ޕްރޮސިކިއުޓަރ އެދެންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން އިސްލާހު ގެނެވޭ ހާލަތްތަކުގައި، އިސްލާހު ގެންނަ ޕްރޮސިކިއުޓަރަކު، އިސްލާހުކުރެވުނު ތަން އެއް ރޮނގުން ކަނޑާލުމަށްފަހު، އިސްލާހުކުރެވުނު ތަނުގެ ކައިރީގައި ސޮއިކުރަންވާނެއެވެ. އަދި އިސްލާހު ގެންނަންޖެހުނު ސަބަބާއި އިސްލާހު ގެންނަން ލަފާ ހޯދި ފަރާތުގެ މައުލޫމާތު މައްސަލައިގެ ލޮގުގައި ހިމަނަންވާނެއެވެ.
25 ވަނަ މާއްދާ - ދައުވާގެ ތަފްސީލުތަކަށް ބަދަލުގެނައުން
(ހ) ޖިނާއީ މައްސަލައެއްގެ ދައުވާ ކޯޓަށް ހުށަހެޅުމަށްފަހު، ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާ ހާލަތްތަކުގައި ދައުވާގައި ހިމެނޭ ތަފްސީލުތަކަށް ބަދަލުގެނެސް، ނުވަތަ ދައުވާގައި އިތުރު ކުށް ޕްރޮސިކިއުޓަރ ޖެނެރަލަށް ހިމެނިދާނެއެވެ.
- އިބްތިދާއީ އަޑުއެހުމުގެ ކުރިން؛
- ދައުވާ ލިބޭފަރާތަށް އެކަށީގެންވާ ނޯޓިސް ދިނުމަށްފަހުގައި؛
(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، އިބްތިދާއީ އަޑުއެހުމުގެ މަރުހަލާގައި، ދައުވާގައި އިތުރު ކުށް ހިމެނުން ފިޔަވައި، ދައުވާ ބިނާވެފައިވާ ކަންކަން ކޯޓުގެ ހުއްދައާއެކު ޕްރޮސިކިއުޓަރ ޖެނެރަލަށް ބަދަލުކުރެވިދާނެއެވެ.
26 ވަނަ މާއްދާ - ދައުވާ އަނބުރާ ގެނައުން
(ހ) ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގެ ށަރީއަތުގެ ފުރަތަމަ އަޑުއެހުން ފެށުމުގެ ކުރިން އެ މައްސަލައެއް އަނބުރާ ގެނައުމުގެ އިހްތިޔާރު ޕްރޮސިކިއުޓަރ
ޖެނެރަލްއަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން މައްސަލައެއް އަނބުރާ ގެނެވޭނީ އަންނަނިވި ހާލަތްތަކުގެއެވެ.
- ކޯޓަށް ހުށަހެޅިފައިވާ ދައުވާއެއްގައި ހުރިކަމަށް ފާހަގަކުރެވޭ ގާނޫނީ، ށަރުއީ ނުވަތަ އެ މައްސަލާގައި ހިމެނޭ ވާގިއާއަކާ ނުވަތަ ހަގީގަތަކާ ގުޅިފައިވާ ކަމަކާ ގުޅޭ ކުށެއްގެ ސަބަބުން، އެ މައްސަލާގައި ހުށަހެޅިފައިވާ ދައުވާއަށް ބަދަލެއް އަންނާނެކަމަށް ފެންނަނަމަ، ނުވަތަ އިތުރު ދައުވާއެއް ކުރަންޖެހޭކަމަށް ފެނިއްޖެނަމަ؛
- ކޯޓަށް ހުށަހެޅިފައިވާ ދައުވާއެއްގައި ހުރިކަމަށް ފާހަގަކުރެވޭ ގާނޫނީ، ށަރުއީ ނުވަތަ އެ މައްސަލާގައި ހިމެނޭ ވާގިއާއަކާ ނުވަތަ ހަގީގަތަކާ ގުޅިފައިވާ ކަމަކާ ގުޅޭ ކުށެއްގެ ސަބަބުން، ނުވަތަ ގާނޫނު ނިޔާ ކުރާ ސަބަބެއް އޮވެގެން، ނުވަތަ އެނޫންވެސް ސަބަބަކާ ހުރެ، އެ ދައުވާއެއް ކުރިއަށް ގެންދެވެން ނެތްކަމަށް ފެނިއްޖެނަމަ؛
- ހުށަހެޅިފައިވާ މައްސަލައިގެ އަސްލީ އިހްތިސާސް ލިބިގެންވާ ކޯޓު ނޫން އެހެން ކޯޓަކަށް މައްސަލަ ހުށަހަޅަންޖެހޭ ކަމަށް ފެނިއްޖެނަމަ؛
- އިއުތިރާފުގެ އެއްބަސްވުމެއްވާ ހާލަތުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 96 ވަނަ މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރާ އެއްގޮތްވާ ގޮތުގެ މަތިން، ކުށަށް އިއުތިރާފުވާ މީހާގެ މައްޗަށް ކޮށްފައިވާ ބައެއް ދައުވާ އަނބުރާ ގެންދިއުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފެނިއްޖެނަމަ؛
- ހުށަހެޅިފައިވާ މައްސަލައިގެ ބާވަތާއި ޒާތަށް ބަލާއިރު ދައުވާ އިތުރަށް މުރާޖައާކުރަންޖެހޭކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިއްޖެނަމަ.
- ކުށުގެ ތުހުމަތުކުރެވޭ ކުއްޖާއާއެކު، ޤާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ގެ 62 ވަނަ މާއްދާއިން ބާރު ލިބިގެން، އެ މާއްދާގެ ދަށުން، ދަޢުވާލިބޭ ކުއްޖާ، ޕްރޮސިކިއުޓަރ ޖެނެރަލާއެކު ޑައިވަރށަންގެ އެއްބަސްވުމެއް ހަދައިފައިވާ ހާލަތުގައި، ޑައިވަރޝަންގެ އެއްބަސްވުމުގައިވާ ގޮތަށް ކުރިއަށް ގެންދާނަމަ. (އިތުރު ކުރެވިފައި)
27 ވަނަ މާއްދާ - ދައުވާއެއް އަނބުރާ ގެނައުމަށް އެހެން ގާނޫނަކުން ބާރުލިބިދިނުން
މި ގަވާއިދުގެ 26 ވަނަ މާއްދާގެ (ށ) ގައި އެހެން އޮތްނަމަވެސް، ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއް އަނބުރާ ގެނައުމާއި ދައުވާ އިތުރަށް ކުރިއަށް ގެންދިއުމުގެ ބާރު އެހެން ގާނޫނަކުން ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިދީފައިވާނަމަ އެފަދަ މައްސަލައެއް އަނބުރާ ގެނައުމަށް އެ މާއްދާ ހުރަހެއްނާޅައެވެ.
28 ވަނަ މާއްދާ - ފަހުން ދައުވާ ހުށަހަޅާނަމަ އެކަން ބަޔާންކުރުން
މި ގަވާއިދުގެ 26 ވަނަ މާއްދާއާއި 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި މައްސަލައެއް އަނބުރާ ގެންނައިރު، އެ މައްސަލައެއްގައި ފަހުން ދައުވާ ހުށަހެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ގަސްދުކުރާކަން ސާފުޮކށް ބަޔާންކުރަންވާނެއެވެ.
29 ވަނަ މާއްދާ - ށަރީއަތުގެ އަޑުއެހުން ފެށުމަށްފަހު މައްސަލަ އަނބުރާ ގެނައުން
ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގެ ށަރީއަތުގެ އަޑުއެހުން ފެށުމަށްފަހު މައްސަލައެއް އަނބުރާ ގެނެވޭނީ މީހެއްގެ މައްޗަށް ދައުވާކުރެވޭ ކުށްތަކުގެ ތެރެއިން ދައުވާއެއް ސާބިތުވުމުން، ދެން ހުރި ކުށްތަކުގެ ތެރެއިން ކުށެއްގެ ނުވަތަ ހުރިހާ ކުށެއްގެ ދައުވާ އިތުރަށް ކުރިއަށް ގެންދިއުމުގެ މަސްލަހަތެއް ނެތްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެންނަ ހާލަތުގައި ކޯޓުގެ ހުއްދައާއެކުގައެވެ.
30 ވަނަ މާއްދާ - އަލުން ދައުވާ ހުށަހެޅުން
މި ގަވާއިދުގެ 29 ވަނަ މާއްދާގައި އެހެން އޮތްނަމަވެސް، ކުށް ސާބިތުވާކަމަށް ކަނޑައަޅައި ކޮށްފައިވާ ހުކުމް މަތީ މަރުހަލާއެއްގެ ކޯޓުން ބާތިލުކޮށްފިނަމަ، އަނބުރާ ގެނެވުނު ދައުވާ އަލުން ކޯޓަށް ހުށަހެޅިދާނެއެވެ.
31 ވަނަ މާއްދާ - ދައުވާ އަނބުރާ ނުގެނެވޭނެ ހާލަތް
ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 20 ވަނަ ބާބުގެ ދަށުން ށަރީއަތުގެ އަޑުއެހުންތައް ނިންމާލާފައިވާ މައްސަލައެއްނަމަ، އެފަދަ މައްސަލައެއް އަނބުރާ ގެނައުމުގެ އިހްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެ ެނއްނުވެއެވެ.
ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތްދީ މައްސަލަ ނިންމުން
32 ވަނަ މާއްދާ - ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތްދީ މައްސަލަ ނިންމުން
(ހ) ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 100 ވަނަ މާއްދާގެ ދަށުން ކުށަށް އިއުތިރާފްވާ ފަރާތްތަކުގެ މައްޗަށް ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތްދީ މައްސަލަ ނިންމާ ހާލަތުގައި، އެކަންކުރާނީ، ތަހުގީގުކުރާ އިދާރާއިން މައްސަލަ ތަހުގީގުކުރުމަށްފަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުންނެވެ.
(ށ) ނަސޭހަތުގެ އެއްބަސްވުމަކަށް އައުމަށް ކުށުގެ ތުހުމަތުގައިވާ ފަރާތުން ހުށަހަޅަން ބޭނުންނަމަ ހުށަހަޅާނީ މިގަވާއިދުގެ ޖަދުވަލު 3 ގައިވާ ފޯމު މެދުވެރިކޮށެވެ.
33 ވަނަ މާއްދާ - ނަސޭހަތްދީ މައްސަލަ ނިންމުމަކީ އާންމު މަސްލަހަތަށް އެންމެ ފައިދާހުރި ގޮތް ކަމުގައިވުން
(ހ) ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތްދީ މައްސަލަ ނިންމާނީ، އެއީ އާންމު މަސްލަހަތަށް އެންމެ ފައިދާހުރި ގޮތް ކަމުގައިވާނަމައެވެ.
(ށ) އާންމު މަސްލަހަތަށް އެންމެ ފައިދާހުރިގޮތް ކަނޑައަޅާނީ އަންނަނިވި ކަންކަމަށް ރިއާޔަތްކޮށްގެންނެވެ.
- ކުށުގެ އަދަބަކީ ކުޑަ އަދަބެއް ކަމުގައިވުން؛
- ކުށުގެ ސަބަބުން ލިބުނު ގެއްލުމަކީ ބޮޑު ގެއްލުމެއްކަމުގައި ނުވުން؛
- ކުށްކުރި މީހަކީ ފުރަތަމަ ފަހަރަށް ކުށްކުރި މީހެއްކަމުގައިވުން؛
- ކުށްކުރި މީހަކީ އެހެން ޖިނާއީ ކުށެއްގެ ދައުވާ އުފުލިފައިވާ މީހެއް ކަމުގައި ނުވުން؛
- ކުށްކުރި މީހަކީ އުމުރުން ދުވަސްވެފައިވާ މީހެއްކަމުގައިވުން؛
- ކުށް ކުރީ ކުޑަ ކުއްޖެއް ކަމުގައިވުން؛
- ކުށް ކުރީ ޒިންމާދާރުކަމާއެކު އާއިލާއެއް ބަލަމުންދާ މީހެއްކަމުގައިވުން؛
- ކުށުގެ ސަބަބުން ލިބުނު ގެއްލުމަށް ބަދަލު ދީފައިވުން؛
(ނ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، ކުށުގެ އަދަބަކީ ކުޑަ އަދަބެއްކަމުގައި ބަލާނީ، ކުށެއްގެ އަދަބު 1 އަހަރު ދުވަހަށްވުރެ ދިގު
މުއްދަތަކަށް ޖަލުގައި ބަންދުކުރުމުގެ އަދަބެއް ހިމެނޭ ކުށެއް ކަމުގައި ނުވާނަމައެވެ.
(ރ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ބޭނުމަށް، ކުށުގެ ސަބަބުން ލިބުނު ގެއްލުމަކީ މާލީ ގެއްލުމެއްނަމަ، އެއީ ބޮޑު ގެއްލުމެއްނޫންކަން ކަނޑައަޅާނީ އެ ގެއްލުމަކީ 50،000 (ފަންސާސްހާސް) ރުފިޔާ އަށްވުރެ ކުޑަ ގެއްލުމެއްކަމުގައިވާނަމައެވެ.
(ބ) ކުށުގެ ސަބަބުން މީހަކަށް ލިބުނު ގެއްލުމަކީ ޖިސްމާނީ ނުވަތަ ނަފްސާނީ ގެއްލުމެއް ހިމެނޭ ގެއްލުމެއް ކަމުގައިވާނަމަ، އެ ގެއްލުމެއްގެ ކުޑަބޮޑު މިނަށް ރިއާޔަތްކުރަންވާނެއެވެ.
(ޅ) މި މާއްދާގެ (ށ) ގެ (5 (ވަނަ ނަންބަރުގެ ބޭނުމަށް، އުމުރުން ދުވަސްވީ މީހެއްކަމުގައި ބަލާނީ އެމީހަކަށް 65 އަހަރު ފުރިފައިވާނަމައެވެ.
(ކ) މި މާއްދާގެ (ށ) ގެ (7) ވަނަ ނަންބަރުގެ ބޭނުމަށް، ކުށް ކުރީ ޒިންމާދާރުކަމާއެކު އާއިލާއެއް ބަލަމުންދާ މީހަކު ކަމުގައި ބަލާނީ، އެ މީހަކީ މާލީގޮތުން އޭނާގެ އާއިލާއަށް ހަރަދުކުރަމުންދާ މީހެއްކަމުގައިވާނަމައެވެ.
34 ވަނަ މާއްދާ - ލަފާދޭ ކޮމިޓީ
(ހ) މި ގަވާއިދުގެ 32 ވަނަ މާއްދާގައި ބަޔާންކުރާ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުން، އެ މައްސަލައެއް ދިރާސާކުރާ ޕްރޮސިކިއުޓަރަކަށް އެ މައްސަލައަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 98 ވަނަ މާއްދާއާއި، 99 ވަނަ މާއްދާއަށް ރިއާޔަތްކުރާއިރު ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތްދީ ދޫކޮށްލެވިދާނެ ބާވަތު މައްސަލައެއްކަމަށް ފެނިއްޖެނަމަ، އެކަން ބަޔާންކޮށް ކަމާބެހޭ ކޮމިޓީއަށް ހުށަހެޅުމަށްޓަކައި އެ ކޮމިޓީގެ ސެކްރެޓޭރިއޭޓާ ހަވާލުކުރަންވާނެއެވެ.
(ށ) ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތްދީ ދޫކޮށްލެވިދާނެ ބާވަތުގެ މައްސަލައެއްކަމަށްޕްރޮސިކިއުޓަރަށް ފެންނަނަމަ، އެގޮތުގެމަތިން ފިޔަވަޅު އަޅަން ފެންނަ ކަމަށް މައްސަލަ ބަލާ ފޯމުގައި ބަޔާންކޮށް، ަމއްސަލަ ލިބޭ ދުވަހުން ފެށިގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި ކޮމިޓީއަށް ހުށަހެޅުމަށްޓަކައި ކޮމިޓީގެ ސެކްރެޓޭރިއޭޓާ ހަވާލުކުރަންވާނެއެވެ.
(ނ) މިމާއްދާގެ (ށ) ގައި ބަޔާންކުރާ ކޮމިޓީއަށް ކިޔާނީ 'ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތްދީ ދޫކޮށްލުމުގައި ގޮތެއް ކަނޑައަޅެމުގައި ލަފާދޭ ކޮމިޓީ' އެވެ.
35 ވަނަ މާއްދާ - ކޮމިޓީ އެކުލެވިގެންވާ ގޮތް
'ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތްދީ ދޫކޮށްލުމުގައި ގޮތެއް ކަނޑައަޅެމުގައި ލަފާދޭ ކޮމިޓީ' އެކުލެވިގެންވަނީ އަންނަނިވި ފަރާތްތަކުގެ މައްޗަށެވެ.
(ހ) ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ގާއިމްކޮށްފައިވާ ޕްރޮސިކިއުށަނާބެހޭ ޔުނިޓުތަކުގެ އޯވަރއޯލް ހެޑުން؛ އަދި
(ށ) ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވިކްޓިމް ސަޕޯޓު ޔުނިޓުގެ ހެޑު.
36 ވަނަ މާއްދާ - ކޮމިޓީގެ ގާނޫނީ އަދަދު
ކޮމިޓީގެ ގާނޫނީ އަދަދަކީ މަދުވެގެން 3 މެންބަރުންނެވެ.
37 ވަނަ މާއްދާ - ރިޔާސަތު ބެލެހެއްޓުން
ކޮމިޓީގެ ރިޔާސަތު ބަލަހައްޓާނީ ކޮންމެ 3 މަހަކުން 1 ފަހަރު ބަދަލުވާގޮތަށް ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލެކެވެ.
38 ވަނަ މާއްދާ - ބައްދަލުވުން ބާއްވަންޖެހޭ އެންމެ މަދު އަދަދު
ކޮމިޓީގެ ބައްދަލުވުންތައް ބާއްވާނެ ދުވަހާއި ވަގުތު ކަނޑައަޅާނީ ކޮމިޓީގެ ރިޔާސަތު ބަލަހައްޓާ ފަރާތުންނެވެ. އަދި މިގޮތުން ކަނޑައެޅުމުގައި ހަފްތާއަކު މަދުވުގެން 3 ބައްދަލުވުން ބާއްވަންވާނެއެވެ.
39 ވަނަ މާއްދާ - ކޮމިޓީގެ ހިންގާ ގަވާއިދު
ކޮމިޓީގެ ހިންގާ ގަވާއިދު ހަދާނީ ކޮމިޓީންނެވެ. އަދި އެ ގަވާއިދަކީ ޕްރޮސިކިއުޓަރ ޖެނެރަލް އެޕްރޫވްކޮށްފައިވާ ގަވާއިދަކަށް ވާންވާނެއެވެ.
40 ވަނަ މާއްދާ - ކޮމިޓީއަށް މީހުން ހާޒިރުކުރުން
ކޮމިޓީއަށް ހުށަހެޅޭ މައްސަލަތަކާގުޅިގެން ގޮތެއް ކަނޑައެޅުމުގައި މައްސަލައާގުޅޭ ފަރާތްތައް ކޮމިޓީއަށް ހާޒިރުކޮށް، އަދި ހާޒިރުނުކޮށްވިޔަސް އެފަރާތެއްގެ ކިބައިން ސާފުކުރަން ބޭނުންވާ ކަންކަން ކޮމިޓީއަށް ސާފުކުރެވިދާނެއެވެ.
41 ވަނަ މާއްދާ - ކޮމިޓީގެ ލަފާ
ކޮމިޓީއަށް ހުށަހެޅޭ މައްސަލައެއް ކޮމިޓީއަށް ހުށަހެޅޭތާ 3 (ތިނެއް) ދުވަހުގެތެރޭގައި ދިރާސާކޮށް، އެމައްސަލައަކާ ގުޅިގެން ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތްދީ ދޫކޮށްލުމާމެދު ކޮމިޓީގެ ލަފާ ލިޔުމުން ދޭންވާނެއެވެ. އަދި މިގޮތުން ދޭ ލަފާގެ މަ ްއޗަށް ބިނާކޮށް، އެމީހެއްގެ މައްޗަށް ދައުވާނުކޮށް ދޫކޮށްލުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމައިފިނަމަ، ތުހުމަތުކުރެވޭ ފަރާތާއި ޕްރޮސިކިއުޓަރ ޖެނެރަލާމެދު އެއްބަސްވުމެއްގައި ސޮއިކުރަންވާނެއެވެ. އަދި އެކަން ތަހްގީގްކުރާ އިދާރާއާ ހިއްސާކުރަންވާނެއެވެ.
42 ވަނަ މާއްދާ - ނަސޭހަތުގެ އެއްބަސްވުމުގެ ނަމޫނާ
ނަސޭހަތުގެ އެއްބަސްވުން އޮންނާނެ ގޮތުގެ ނަމޫނާ މި ގަވާއިދުގެ ޖަދުވަލު 4 ގައި އެވަނީއެވެ.
43 ވަނަ މާއްދާ - ކުޑަކުއްޖަކާއެކު ނަސޭހަތުގެ އެއްބަސްވުމުގައި ސޮއިކުރުން
ނަސޭހަތުގެ އެއްބަސްވުން ވެވެނީ ކުޑަކުއްޖަކާ އެކުގައި ކަމަށްވާނަމަ، ކުއްޖާއާއެކު ކުއްޖާގެ ބެލެނިވެރިއެއް ނުވަތަ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތެއް ހާޒިރުވެ ހުންނަންވާނެއެވެ. އަދި ކުއްޖާގެ އިތުރުން އެފަރާތަކުންވެސް އެ އެއްބަސްވުމުގައި ސޮއިކުރަންވާނެއެވެ.
44 ވަނަ މާއްދާ - ނަސޭހަތްދިނުމުގެ ބަދަލުގައި ދައުވާކުރުން
(ހ) މީހެއްގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން، އާންމު މަސްލަހަތަށް އެންމެ ފައިދާހުރި ގޮތަކީ ދައުވާކުރުން ކަމުގައި ނިންމުމަށް ބާރުއަޅާ ކަންތައްތައް ތިރީގައިއެވަނީއެވެ. އަދި އެގޮތުން ދައުވާކުރާނަ ަމ ދައުވާކުރަން ނިންމަންވާނީ އެ ކަންކަމަށް ރިއާޔަތްކޮށްގެންނެވެ.
- ކުށުގެ އަދަބަކީ ބޮޑު އަދަބެއް ކަމުގައިވުން؛
- ކުރުމުގައި ހަތިޔާރެއް ނުވަތަ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއް ބޭނުންކޮށްފައިވުން؛
- ކުށް ކުރުމުގައި މީހަކަށް ހަމަލާދީފައިވުން ނުވަތަ ހަމަލާދީފާނެކަމުގެބިރުދައްކާފައިވުން؛
- ދައުލަތުގެ މުވައްޒަފެއްގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހިންގި އަމަލަކަށްވުން؛
- ކުށް ކުރި މީހަކީ މުޖުތަމައުގައި ޒިންމާދާރު މަގާމެއްގައި ހުރި މީހެއް ކަމުގައިވުން؛
- ކުށް ކުރީ ޖަމާއަތެއް ހަދައިގެން ކަމަށްވާނަމަ، އޭނާއަކީ އެކަން ރޭވި މީހާ ކަމުގައިވުން؛
- ކުށުގެ އަމަލު ހިންގީ ކުޑަކުއްޖަކާ ދެކޮޅަށް ކަމުގައިވުން؛
- ކުށުގެ އަމަލު ހިންގީ ކުޑަކުއްޖެއް ބައިވެރިކޮށްގެން ކަމުގައިވުން؛
- ކުޑަކުއްޖެއްގެ ކުރިމަތީގައި ކުރި ކަމަކަށްވުން؛
- މީހެއްގެ ނަސްލު ނުވަތަ ޖިންސު ނުވަތަ ގައުމީ ނިސްބަތް ނުވަތަ އެ މީހެއްގެ ކިބައިގައިހުރި ނަފްސާނީ ނުވަތަ ޖިސްމާނީ ނުކުޅެދުމެއްގެ ސަބަބުން އެ މީހަކާމެދު ހިންގުނު އަމަލެއް ކަމުގައިވުން؛
- ކުށް ކުރުމުގައި ކޮރަޕްށަންގެ އަމަލެއް އެކުލެވިގެންވުން؛
- އެ ކުށަކީ އޭގެ ޒާތުގައި ބޮޑު ކުށެއް ކަމުގައި ނުވިނަމަވެސް އެ ކުށް ކުރުން އާންމުވެފައިވުން؛
- ކުށުގެ ސަބަބުން މީހަކަށް ގެއްލުމެއް ލިބިފައިވާނަމަ، ދައުވާ ނުކުރުމާމެދު އޭނާ ކަނޑައެޅިގެން އިއުތިރާޒުކުރުން.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ކުށުގެ އަދަބަކީ ބޮޑު އަދަބެއް ކަމުގައި ބަލާނީ، ކުށެއްގެ އަދަބު 1 އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް ޖަލުގައި ބަންދުކުރުމުގެ އަދަބެއް ހިމެނޭ ކުށެއް ކަމުގައިވާނަމަ އަދި އެ ކުށަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއް ކުރުމުގެ ސަބަބުން ލިބޭ އަދަބެއް ކަމުގައިނުވާނަމައެވެ.
އިއުތިރާފުގެ އެއްބަސްވުން
45 ވަނަ މާއްދާ - އިއުތިރާފުގެ އެއްބަސްވުމެއްގައި ސޮއިކުރަން ހުށަހަޅަންވީ ގޮތް
(ހ) ކުށުގެ ތުހުމަތު ކުރެވޭ ފަރާތަކީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 104 ވަނަ މާއްދާގައި ބަޔާންކުރާ އިއުތިރާފުގެ އެއްބަސްވުމެއް އެފަރާތާއި ޕްރޮސިކިއުޓަރ ޖެނެރަލާދެމެދު ވެވިދާނެ ފަރާތެއްކަމަށް ތަހްގީގީ އިދާރާއިން ޑިއުޓީ ޕްރޮސިކިއުށަންގެ ތެރެއިން ހުށަހަޅައިފިނަމަ، އެފަރާތެއްގެ މައްޗަށް ކުރެވޭ ތުހުމަތާ ގުޅިގެން ތަހްގީގުކުރާ އިދާރާއަށް ލިބިފައިވާ ހެއްކާއި ގަރީނާ ވަޒަންކުރުމަށްފަހު، އެފަރާތަކާ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ވާހަކަ ދައްކައި، އިއުތިރާފުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ހުށަހެޅިދާނެއެވެ.
(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިއުތިރާފުގެ އެއްބަސްވުމެއް ހެދުމާމެދު މަށްވަރާއަށް ގެންނަ މައްސަލަތައް ޑިއުޓީ ޕްރޮސިކިއުށަނަށް ގެންނާނީއަންނަނިވި ގޮތުގެމަތިންނެވެ.
- ތުހުމަތުކުރެވޭ މީހާއަކީ ތުހުމަތުކުރެވޭ މައްސަލައިގައި ބަންދެއްގައި ހުރި މީހެއްނަމަ، ފަނޑިޔާރެއްގެ ކުރިމައްޗަށް އެމީހަކު ހާޒިރުކުރެވުނު ދުވަހުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި.
- ތުހުމަތުކުރެވޭ މީހާއަކީ ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމުން އޭނާ ބަންދެއްގައި ބެހެއްޓުމަށް ނުފެންނަކަމަށް ފަނޑިޔާރު ކަނޑައަޅާފައިވާ މީހެއްނަމަ، ފަނޑިޔާރެއްގެ ކުރިމައްޗަށް އެމީހަކު ހާޒިރުކުރެވުނު ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި.
- ތުހުމަތުކުރެވޭ މީހާއަކީ ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން އެއްވެސް އިރެއްގައި ބަންދެއްގައި ހުރި މީހެއްކަމުގައި ނުވާނަމަ، އެމީހެއްގެ މައްސަލަ ތަހްގީގީ އިދާރާއިން ޕްރޮސިކިއު ަޓރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި.
(ނ) އިއުތިރާފުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ކުށުގެ ތުހުމަތުގައިވާ ފަރާތުން ހުށަހަޅަން ބޭނުންނަމަ ހުށަހަޅާނީ މިގަވާއިދުގެ ޖަދުވަލު 3 ގައިވާ ފޯމު މެދުވެރިކޮށެވެ.
46 ވަނަ މާއްދާ - އިއުތިރާފްގެ އެއްބަސްވުމުގައި ސޮއިކުރުމުން ދައުވާ އުފުލުމަށް ބޭނުންވާ ލިޔެކިޔުން ހުށަހެޅުން
ގަވާއިދުގެ 45 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މީހަކުންކުރެ މީހަކާއެކު އިއުތިރާފުގެ އެއްބަސްވުމެއްގައި ސޮއިކުރަން ފެންނަ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅައި، އިއުތިރާފުގެ އެއްބަސްވުމެއް އެމީހަކާއެކު ސޮއިކުރެވިއްޖެނަމަ، އެމީހެއްގެ މައްޗަށް ދައުާވ އުފުލުމަށްޓަކައި ބޭނުންވާނެ ލިޔެކިޔުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ތަހުްގީގީ އިދާރާއިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ.
47 ވަނަ މާއްދާ - އިއުތިރާފުގެ އެއްބަސްވުމާ ގުޅޭ ދައުވާ ކޯޓަށް ހުށަހަޅަންވީ މުއްދަތު
މި ގަވާއިދުގެ 46 ވަނަ މާއްދާގައިވާ ގޮތުގެމަތިން ދައުވާ އުފުލުމަށްޓަކައި ތަހުގީގީ އިދާރާއިން ލިޔެކިޔުންތައް ފޮނުވުމުން، އެ ލިޔުންތައް ލިބޭތާ 5) ފަހެއް) ދުވަހުގެ ތެރޭގައި އެމީހެއްގެ މައްޗަށް ދައުވާ އުފުލައި ކޯޓަށް ުހށަހަޅަންވާނެއެވެ.
48 ވަނަ މާއްދާ - ކުޑަކުއްޖަކާއެކު އިއުތިރާފުގެ އެއްބަސްވުމެއްވުން
އިއުތިރާފްގެ އެއްބަސްވުން ވެވެނީ ކުޑަކުއްޖަކާ އެކުކަމަށްވާނަމަ، ކުއްޖާއާއެކު ކުއްޖާގެ ބެލެނިވެރިއެއް ނުވަތަ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތެއް ހާޒިރުވެ ހުންނަންވާނެއެވެ. އަދި ކުއްޖާގެ އިތުރުން އެފަރާތަކުންވެސް އެ އެއްބަސްވުމުގައި ސޮއިކުރަންވާނެއެވެ.
49 ވަނަ މާއްދާ - އިއުތިރާފުގެ އެއްބަސްވުމަކާ ގުޅޭ ދައުވާ އުފުލާފައިވަނިކޮށް އިއުތިރާފުން ރުޖޫއަވުން
އިއުތިރާފުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވަނިކޮށް، އޭނާ ދައުވާއަށް ޖަވާބުދާރީވުމަށް ދެވޭ ފުރުސަތުގައި އޭނާ ވެފައިވާ އިއުތިރާފުން ރުޖޫއަވެއްޖެނަމަ އިއުތިރާފުގެ އެއްބަސްވުން ނިމުމަކަށް އަންނާނެއެވެ. އަދި މި ހާލަތުގައި އޭނާއާމެދު ތުހުމަތުކުރެވިފައިވާ ކުށުގެ ތަހުްގީގު އިތުރަށް ފުރިހަމަކުރަންޖެހޭނަމަ، އެކަން ޕްރޮސިކިއުޓަރ ހާމަކުރަންވާނެއެވެ.
50 ވަނަ މާއްދާ - އިއުތިރާފުގެ އެއްބަސްވުން އޮންނާނެ ގޮތުގެ ނަމޫނާ
އިއުތިރާފްގެ އެއްބަސްވުން އޮންނާނެ ގޮތުގެ ނަމޫނާ މި ގަވާއިދުގެ ޖަދުވަލު 5 ގައި އެވަނީއެވެ.
ކުށުގެ އަމަލު ހިނގި ތަނުގައި ނެތް ކަމުގެ ދިފާއު ހުށަހެޅުން
51 ވަނަ މާއްދާ - ކުށުގެ އަމަލު ހިނގި ތަނުގައި ނެތް ކަމުގެ ދިފާއު
(ހ) ކުށުގެ އަމަލު ހިނގިތަނުގައި ތުހުމަތުކުރެވޭ ފަރާތް ނެތްކަމުގައިވާނަމަ، އަދި އޭނާ ދިފާއެއް ގޮތުގައި އެކަން ނަގަން ބޭނުންވާނަމަ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 122 ވަނަ މާއްދާއާ ެއއްގޮތްވާގޮތުގެމަތިން ތަހުގީގު މަރުހަލާގައި އެ މައުލޫމާތު ހާމަކޮށްފައި އޮންނަންވާނެއެވެ.
(ށ) ކުށުގެ އަމަލު ހިނގިތަނުގައި ތުހުމަތުކުރެވޭ ފަރާތް ނެތްކަން ސާބިތުކޮށްދިނުމަށް ތުހުމަތުކުރެވޭ ފަރާތުން ހުށަހަޅާ ހެކި ހުރިކަން އޭނާއަށް އެނގިފައިވަނީ ތަހުގީގު މަރުހަލާގެ ފަހުން އެހެންނަމަވެސް ށަރީއަތުގެ ަމރުހަލާގެ ކުރިންކަމުގައިވާނަމަ، ޕްރޮސިކިއުޓަރ ޖެނެރަލް ކޯޓަށް ދައުވާ ހުށަހެޅުމުގެ ކުރިން ދައުވާ ލިބޭ ފަރާތުން އެ މައުލޫމާތު ޕްރޮސިކި ުއޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުންވެސް އެ މައުލޫމާތު ދުރާލާ ހާމަކުރެވުނީ ކަމުގައި ބެލެވޭނެއެވެ. އަދި މިގޮތުން ހުށަހަޅާ މައުލޫމާތުތައް ހުށަހަޅާނީ މި ގަވާއިދުގެ ޖަދުވަލު 6 ގައިވާ ފޯމު މެދުވެރިކޮށެވެ.
(ނ) މި މާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން ހުށަހެޅޭ މައުލޫމާތު ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބުމުން، ދައުވާ ލިބޭ ފަރާތުން ހުށަހެޅި ކަންތައްތަކާއި، މައްސަލައިގެ ތަހުްގީގުން ފެންނަންހުރި ކަންތައްތައް ބެލުމަ ްށފަހު، ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމައިފިނަމަ، ދައުވާ ލިބޭ ފަރާތް އެ ދިފާއު ދުރާލާ ހާމަކުރިކަން އެނގޭނެ ލިޔުންތައް ކޯޓަށް ހުށަހަޅަންވާނެއެވެ.
އެހެނިހެން ކަންކަން
52 ވަނަ މާއްދާ - އަމަލުކުރަންފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މިގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
53 ވަނަ މާއްދާ - ލަފުޒުތަކާއި އިބާރާތްތަކުގެ މާނަ
މިގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައިވަނީ، އެލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "ގާނޫނު ތަންފީޒުކުރާ އިދާރާ" ކަމަށް ބުނެފައި އެވަނީ، ފުލުހުން ނުވަތަ ޖިނާއީ ކުށްކުށް ތަހްގީގްކުރުމުގެ ބާރު، ގާނޫނުއަސާސީންނާއި، ގާނޫނުން ލިބިދީފައިވާ ކޮންމެ ފަރާތަކަށެވެ.
(ށ) "ޗެއިން އޮފް ކަސްޓަޑީ" ކަމަށް ބުނެފައި އެވަނީ، ތަހުގީގަށް ނެގޭ ހެކި އެކަކު އަތުން އަނެކެއްގެ އަތަށް ނަގުލުވަމުންދާގޮތް ބަޔާންކޮށްދޭ ލިޔުމަށެވެ.
(ނ) "ސީލްކުރުން" ކަމަށް ބުނެފައި އެވަނީ، ތަހުގީގުގެ ބޭނުމަށް ހިފެހެއްޓޭ ތަކެތި އެވިޑެންސް ބޭގްގައި ރައްކާތެރިކަމާއެކު ބަންދުކުރުމަށެވެ.
(ރ) "ހިފެހެއްޓޭ އެއްޗެހި" ނުވަތަ "ހިފެހެއްޓޭ ތަކެތި" ނުވަތަ "ހިފެހެއްޓޭ މުދާ" ކަމަށް ބުނެފައި އެވަނީ، ގާނޫނުގައިވާ ގޮތުގެމަތިން ގާނޫނު ތަންފީޒުކުރާ އިދާރާއިން ބަލައި ފާސްކުރުމަށްފަހު، ެހކީގެ ގޮތުގައި ބޭނުންކުރުމަށް ހިފެހެއްޓޭ ތަކެއްޗަށެވެ.
(ބ) "ހިފެހެއްޓޭ އެއްޗެހި ބަހައްޓާ ނުވަތަ ރައްކާކުރާ ތަން" ކަމަށް ބުނެފައި އެވަނީ، ގާނޫނުގައިވާ ގޮތުގެމަތިން ގާނޫނު ތަންފީޒުކުރާ އިދާރާއިން ތަނެއް ބަލައި ފާސްކުރުމަށްފަހު، ހެކީގެ ގޮތުގައި ބޭނުންކުރުމަށް ހިފެހެއްޓޭ އެއްޗެއް ހިފެހެއްޓި ބޭނުން ނިމެންދެން، އެ އެއްޗެއް ރައްކާކުރުމަށްޓަކައި ގާނޫނު ތަންފީޒުކުރާ އިދާރާގެ އެންމެ އިސް ފަރާތުން ކަނޑައަޅާ ތަނަކަށެވެ.
(ޅ) "މުދަލުގެ ވެރިފަރާތް" ކަމަށް ބުނެފައިއެވަނީ، އެ މުދަލެއްގެ މައްޗަށް ގާނޫނީ ނުވަތަ ށަރުއީ ގޮތުން ތަސައްރަފްކުރުމުގެ ބާރުލިބިފައިވާ ފަރާތަށެވެ.
(ކ) "ޖިނާއީ އިޖުރާއަތުގެ ގާނޫނު" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 2016-12 އަށެވެ. އަދި އޭގެ ތެރޭގައި އެގާނޫނަށް ގެންނަ އިސްލާހްތައްވެސް ހިމެނޭނެއެވެ.
މައި ގަވާއިދުު
ޕްރޮސިކިއުޓްކުރުމުގެ އިޖްރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2017-76)
މި ގަވާއިދަށް ގެނެވުނު އިސްލާހު
ކިޔުންތެރިންގެ ހިޔާލު