ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ މުވައްޒަފުންގެ ގަވާއިދު (ކޮންސޮލިޑޭޓެޑް)
(ކޮންސޮލިޑޭޓެޑް ނަންބަރު 2019-1079)
(1ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)
ފުރަތަމަ ބާބު
1 ވަނަ މާއްދާ - ތައާާރަފު
(ހ) މިއީ، ގާނޫނު ނަންބަރު 28/2015 (ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ ގާނޫނު) ގެ 26 ވަނަ މާއްދާގެ (ނ) އަށް ރިއާާޔަތްކޮށް، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް މުވައްޒަފުން އައްޔަނު ކުރުމާއި، މުވައްޒަފުންގެ ވަޒީފާގެ އާންމު އުސޫލުތަކާއި، ވަޒީފާއާބެހޭ އެހެނިހެން ކަންތައްތައް ބަޔާންކުރުމަށްޓަކައި އެ ގާނޫނުގެ 65 ވަނަ މާއްދާއިން ބާރުލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ މުވައްޒަފުންގެ "ގަވާއިދު" އެވެ.
(ނ) މި ގަވާއިދަށް އަމަލު ކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުުން ފެށިގެންނެވެ.
2 ވަނަ މާއްދާ - މުވައްޒަފުން އަމަލު ކުރަންޖެހޭ އާންމު އުސޫލުތައް
(ހ) ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ކޯޑް އޮފް ކޮންޑަކްޓަށާއި، ގަވާއިދުތަކަށާއި، ސިޔާސަތުތަކަށާއި، ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖަރތަކަށާއި، އިމަރޖެންސީ ހާލަތްތަކުގައި ޗީފް އެގްޒެކެޓިވްއާއި، ޑެޕިއުޓީ ޗީފް އެގެޒެކެޓިވްއާއި، އެ ފަރާތުން ކަނޑައަޅައިފައިވާ ޒިންމާދާރު ފަރާތެއް ހަވާލުކުރާ މަސައްކަތްތަކަށް ހުރިހާ މުވައްޒަފުން ފުރިހަމައަށް އަމަލުކުރަންވާނެއެވެ. އަދި މި ގަވާއިދަށް ގެނެވެމުންދާ ބަދަލުތަކަށްވެސް، އެ ބަދަލެއް ގެނެވުމުން އެ ބަދަލާ އެއްގޮތަށް ހުރިހާ މުވައްޒަފުން އަމަލު ކުރަންވާނެއެވެ.
(ށ) ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ދޭ ހުިދުމަތެއް ލިބިގަތުމަށް ބޭނުންވެގެން އަންނަ މީހުންނާ މެދު އެންމެހައި މުވައްޒަފުން އަމަލު ކުރަންވާނީ އިހުތިރާމާއި އޯގާތެރިކަމާއެކުގައެވެ.
(ނ) ހުިދުމަތް ކުރުމަށާއި ހުިދުމަތް ދިނުމުގައި، ހުރިހާ މުވައްޒަފުންވެސް، އެ މުވައްޒަފެއްގެ ލަޔާގަތާއި ގާބިލިއްޔަތު ތަންދޭ އެންމެ މަތީ ދަރަޖައަކަށް މަސައްކަތް ކުރަން ވާނެއެވެ.
(ރ) ފައިސާއާއި، ލިޔެކިޔުންތަކާއި، އޮފީހުގެ ހަރުމުދަލާއި އެހެނިހެން ތަކެތި ބެލެހެއްޓުމާ ހަވާލުވެފައިވާ މުވައްޒަފުން އެ ތަކެއްޗަށް ރައްކައުތެރިވާން ވާނެއެވެ. މުވައްޒަފަކު ހަވާލުގައިވާ ފައިސާ ނުވަތަ ތަކެތި ގެންގުޅެންވާނީ ކަމާބެހޭ ގާނޫނާއި، ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކުގައެވެ.
(ބ) އޮތޯރިޓީގެ އެއްވެސް ލިޔުމެއް، ނުވަތަ ފޮޓޯއެއް، ނުވަތަ ކުރެހުމެއް، ނުވަތަ ޕްލޭނެއް އަދި މިނޫންވެސް އެފަދަ އެހެން އެއްވެސް އެއްޗެއް ނުވަތަ މައުލޫމާތެއް ނުވަތަ ނަކަލެއް ހާމަކުރަންޖެހޭ ފަރާތަކަށް ފިޔަވައި އެހެން ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ. މީގެ އިތުރުން ހުިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޒާތީ މައުލޫމާތުތައް ބަލަހައްޓަންވާނީ ސިއްރު ހިފެހެއްޓުމުގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
(ޅ) ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އުސޫލުތަކާއި އެސް.އޯ.ޕީތަކާ އެއްގޮތަށް އިމަރޖެންސީ ހާލަތްތަކުގައި އިޖާބަދިނުމާއި އިޔާދަވުމުގެ މަސައްކަތްތައް ކުރުމަށް ރަސްމީ ގަޑީގެ އިތުރުންވެސް މުވައްޒަފުން މަސައްކަތަށް ނެރެވޭނެއެވެ. އަދި މިގޮތަށް މުވައްޒަފުން މަސައްކަތް ކުރާ ވަގުތުތަކަށް ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އިތުރުގަޑީގެ ފައިސާ ދޭންވާނެއެވެ.
3 ވަނަ މާއްދާ - އިމަރޖެންސީ ހާލަތްތަކުގައި މަސައްކަތް ކުރުން
(ހ) ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ މުވައްޒަފުންނަކީ އިމަރޖެންސީ އޮޕަރޭށަންތަކުގައި މަސައްކަތް ކުރުމަށް ކޮންމެ ވަގުތެއްގައިވެސް މަސައްކަތަށް ނިކުމެވޭ ހާލަތުގައި ތިބެންޖެހޭ މުވައްޒަފުންނެވެ.
(ށ) ރަސްމީ ބަންދު ދުވަސްތަކުގައި ކުރިމަތިވެދާނެ އިމަރޖެންސީ ހާލަތަކަށް އިޖާބަދިނުމަށް ބޭނުންވާނެ މުވައްޒަފުން ބަންދު ދުވަސްތަކުގައި އޮފީހަށް ނިކުމެވޭނެ ފަދަ ގޮތަކަށް ތިބުމަށް ޗީފް އެގްޒެކެޓިވްއަށް އެންގިދާނެއެވެ. އަދި މިގޮތަށް ރަސްމީ ބަންދު ދުވަހު މުވައްޒަފުން ކުރާ މަސައްކަތްތަކަށް، ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އިތުރުގަޑީގެ ފައިސާ ދޭންވާނެއެވެ.
(ނ) ކުރިމަތިވާ އިމަރޖެންސީ ހާލަތެއްގެ ކުޑަބޮޑުމިނަށް ބަލައި، އަހަރީ ޗުއްޓީގައި ނުވަތަ އާއިލީ ޒިންމާގެ ޗުއްޓީގައި ނުވަތަ އެނޫން ޗުއްޓީއެއްގައި ހުރި މުވައްޒަފަކު އޮފީހުގެ މަސައްކަތަށް ނުކުންނަން ޗީފް އެގްޒެކެޓިވްއަށް އެންގިދާނެއެވެ. މިފަދަ ހާލަތެއް ދިމާވެގެން ޗުއްޓީގެ މުއްދަތުގައި ވަޒީފާއަށް ނުކުމެއްޖެނަމަ، މުވައްޒަފުން އެގޮތަށް ނުކުންނަ ދުވަސްތައް ޗުއްޓީގެ ދުވަސްތަކެއްގެ ގޮތުގައެއް ނުގުނޭނެއެވެ.
(ބ) ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ގާއިމުކޮށްފައިވާ އިމަރޖެންސީ ހޮޓްލައިން، ކަނޑައެޅިފައިވާ އުސޫލާއި ތާވަލާ އެއްގޮތަށް، ނުރަސްމީ ގަޑިތަކުގައިވެސް ޖަވާބުދިނުމަށް މުވައްޒަފުންނާ ހަވާލުކުރެވިދާނެއެވެ. އިމަރޖެންސީ ހޮޓްލައިނަށް ޖަވާބުދާރީވާ ފަރާތްތަކަށް ހުާއްސަ އާިނާޔަތެއް ދިނުމަށް، މާލީ ވުޒާރާގެ ހުއްދަޔާއެކު ޗީފް އެގްޒެކެޓިވްއަށް ނިންމިދާނެއެވެ.
ދެވަނަ ބާބު
ހިއުމަން ރިސޯސް މެނޭޖްމަންޓް ކޮމިޓީ
4 ވަނަ މާއްދާ -ހިއުމަން ރިސޯސް މެނޭޖްމަންޓް ކޮމިޓީ
ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ރައްޔިތުންނަށް ދޭ ހުިދުމަތް ރަނގަޅުކޮށް ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ރާވައި ހިންގުމަށް ބޭނުންވާ މުވައްޒަފުން ތަރައްގީީ ކުރުމަށާއި، މުވައްޒަފުންނާ ގުޅުންހުރި ސިޔާސަތުތަކާއި އުސޫލުތަކާއި މިންގަނޑުތައް އެކުލަވައިލައި ތަންފީޒުކުރުމަށާއި، މުވައްޒަފުންނާ ގުޅުންހުރި އެންމެހައި މަސައްކަތްތައް ކުރުމަށް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވްއަށް އެހީތެރިވެދިނުމަށް "ހިއުމަން ރިސޯސް މެނޭޖްމަންޓް ކޮމިޓީ" ގެ ނަމުގައި ކޮމިޓީއެއް ގާއިމު ކުރަން ވާނެއެވެ.
5 ވަަނަ މާއްދާ - ހިއުމަން ރިސޯސް މެނޭޖްމަންޓް ކޮމިޓީ އެކުލެވިގެންވާ ގޮތް
ހިއުމަން ރިސޯސް މެނޭޖްމަންޓް ކޮމިޓީގައި ހިމެނޭނީ ޖުމުލަ 3 (ތިނެއް) މެންބަރުންނެވެ. މި ފަރާތްތައް ހޮވާނީ ތިރީގައިވާ ގޮތަށެވެ.
- ހިއުމަން ރިސޯސް ސެކްށަނާ ހަވާލުވެހުރި އެންމެ އިސް މުވައްޒަފު.
- ޗީފް އެގްޒެކެޓިވް ކަނޑައަޅާ ސެކްށަންތަކުގެ ނުވަތަ ޔުނިޓްތަކުގެ އިސް މުވައްޒަފުން.
6 ވަނަ މާއްދާ - ކޮމިޓީގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް
(ހ) ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އިދާރީ އޮނިގަނޑު އެކުލަވައިލުމަށާއި މުރާޖައާާ ކުރުމަށް ބޭނުންވާ ފަންނީ ލަފާ ދިނުން.
(ށ) ވަޒީފާތަކަށް މީހުން ހޮވުމާއި ހަމަޖެއްސުމުގައި މި ގަވާއިދުގައިވާ ގޮތުގެ މަތީން ކުރަންޖެހޭ ކަންތައްތައް ތަންފީޒުކުރުން.
(ނ) ގަވާއިދާ އެއްގޮތަށް ވަޒީފާއަށް މީހުން ހޯދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުން.
(ރ) ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އިދާރީ ހިންގުމާއި، މުވައްޒަފުންނާ ގުޅުންހުރި މަސައްކަތްތައް ހަރުދަނާކޮށް ހަލުއި ކުރުމަށް ހެދިފައިވާ އުސޫލުތަކަށާއި، އެސް.އޯ.ޕީއާއި މިންގަނޑުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، މިކަމަށް ބޭނުންވާ ގަވާއިދުތަކާއި އުސޫލުތައް އެކުލަވައިލައި، އެ ތަކެތި ތައާާރަފުކޮށް، ތަންފީޒު ކުރުމަށް ޗީފް އެގްޒެކެޓިވްއަށް އެހީތެރިވެދިނުން.
(ބ) އޮފީހުގެ މާހައުލަކީ މަސައްކަތަށް ފަހި މާހައުލަކަށް ހެދުމާއި، މުވައްޒަފުން އުޅޭހިތްވާ، އެކަކު އަނެކަކުގެ އިހްސާސްތައް ދަނެ، އެކަކު އަނެކަކަށް އަޅައިލާ ތަނަކަށް ހެދުމަށް މަސައްކަތް ކުރުން.
(ޅ) މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމާއި، މުވައްޒަފުންނަށް އާިނާޔަތް ދިނުމާއި ކުރިއެރުން ދިނުމުގައި ޗީފް އެގްޒެކެޓިވްއަށް ލަފާދީ އެހީތެރިވެ ދިނުން.
(ކ) މަސައްކަތަށް އެންމެ ގާބިލު ރަނގަޅު މީހުން ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ވަޒީފާތަކަށް ހޮވޭކަން ކަށަވަރު ކުރުމާއި، މުވައްޒަފުންނަކީ، މަސައްކަތު އަހުްލާގީު ރަނގަޅު، ސުލޫކު ރަނގަޅު ބައެއްކަން ކަށަވަރު ކުރުމަށްޓަކައި މި ގަވާއިދާ އެއްގޮތަށް މުވައްޒަފުންނަށް އަޅަންޖެހޭ އިސްލާހީީ ފިޔަޅުތައް އަޅާނެ އުސޫލުތައް ކަނޑައަޅައި،
އެ އުސޫލުތައް ހުރިހާ މުވައްޒަފުންނަށް އެންގުމާއި، މި ގަވާއިދާ އެއްގޮތަށް މުވައްޒަފުންނަށް އަޅަންޖެހޭ އިސްލާހީީ ފިޔަޅުތައް އެޅުން.
(އ) މި ގަވާއިދުގެ ދަށުން ހަވާލުކުރެވޭ އިތުރު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުން.
7 ވަނަ މާއްދާ - ކޮމިޓީގެ ސެކްރެޓޭރިއަޓް
ހިއުމަން ރިސޯސް މެނޭޖްމަންޓް ކޮމިޓީން ކުރަންޖެހޭ މަސައްކަތްތަކާ ގުޅުންހުރި އެންމެހައި އިދާރީ މަސައްކަތްތައް ކުރާނީ ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އެޑްމިނިސްޓްރޭށަން އެންޑް ހިއުމަން ރިސޯސް ސެކްށަނުންނެވެ.
ތިންވަނަ ބާބު
އިދާރީ އޮނިގަނޑާއި ވަޒީފާ ދިނުން
8 ވަނަ މާއްދާ - މުވައްޒަފުންގެ އިދާރީ އޮނިގަނޑު އެކުލަވައިލުމާއި މުރާޖައާާކުރުން
(ހ) މުވައްޒަފުންގެ އިދާރީ އޮނިގަނޑު އެކުލަވައިލާނީ ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީންނެވެ. އަދި އޮނިގަނޑު މުރާޖައާާ ކުރަން ޖެހިއްޖެ ނަމަ، އެކަން ކުރާނީ ޗީފް އެގްޒެކެޓިވްގެ ލަފާގެ މަތިން ހިއުމަން ރިސޯސް މެނޭޖްމަންޓް ކޮމިޓީންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެ މަތިން ފާސްކުރާ އިދާރީ އޮނިގަނޑުގައި ހިމެނޭ ބައިތަކާއި، މަސައްކަތާއި، މަގީުސަދާއި، ކުރަންޖެހޭ މައިގަނޑު ހުރިހާ މަސައްކަތެއް ލިޔެފައި އޮންނަންވާނެއެވެ.
9 ވަނަ މާއްދާ - އިދާރީ އޮނިގަނޑު ފާސްކުރުން
(ހ) ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އިދާރީ އޮނިގަނޑު ފާސްކުރާނީ، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާ ހަވާލުވެ ހުރި މިނިސްޓަރެވެ. ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އޮނިގަނޑަށް ގެނެވޭ ކޮންމެ ބަދަލެއް ފާސްކުރުމަށް މިނިސްޓަރަށް ހުށަހަޅަންވާނެއެވެ.
(ށ) ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އިދާރީ އޮނިގަނޑު ފާސްކުރުމަށްފަހު ލަސްވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި ސަރކިއުލަރއެއްގެ ގޮތުގައި މުވައްޒަފުންނަށް އަންގަންވާނެއެވެ. އަދި މި ލިޔުން، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ވެބްސައިޓުގައި ށާއިއު ކުރަންވާނެއެވެ.
10 ވަނަ މާއާްދާ - މުވައްޒަފުންގެ މަގާމު އުފެއްދުމާއި އުވައިލުން
(ހ) ފާސްކުރެވިފައިވާ އިދާރީ އޮނިގަނޑަށް ރިއާާޔަތްކޮށް މުވައްޒަފުންގެ މަގާމުތައް އުފެއްދުމަށާއި މަގާމެއް އުވައިލުމަށް ހުއްދަ ދޭނީ ޗީފް އެގްޒެކެޓިވްއެވެ.
(ށ) މަގާމު އުފެއްދުމަށް ނުވަތަ އުވައިލުމަށް ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތް ކުރާނީ ހިއުމަން ރިސޯސް މެނޭޖްމަންޓް ކޮމިޓީގެ ބެލުމުގެ ދަށުން މުވައްޒަފުންނާ ގުޅޭ ކަންކަން ހަމަޖެއްސުމުގެ މަސްއޫލިއްޔަތު ހަވާލު ކުރެވިފައިވާ ސެކްށަނުންނެވެ.
(ނ) މަގާމެއް އަލަށް އުފައްދަންވާނީ އިދާރީ އޮނިގަނޑުގައި އެ މަގާމު ހިމަނައި، އައު އިދާރީ އޮނިގަނޑު މިނިސްޓަރު ފާސްކުރުމުންނެވެ. މި ގަވާއިދުގައިވާ ގޮތުގެ މަތިން އައު އިދާރީ އޮނިގަނޑު ފާސްކުރުމުން މަގާމު އުފެދިގެންދާނެއެވެ.
(ރ) އަލަށް އުފައްދާ މަގާމުތަކަށް މުވައްޒަފުން ހަމަޖެއްސޭނީ ދައުލަތުގެ މާލީ ވުޒާރާއިން އެކަމަށް ހުއްދަ ލިބިގެންނެވެ.
(ބ) މުވައްޒަފުންނަށް ދެވޭ މުސާރައާއި އާިނާޔަތްތައް ކަނޑައަޅާނީ ގާނޫނު ނަންބަރު 11/2016 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނު) ދަށުން ނޭށަނަލް ޕޭ ކޮމިށަނުންނެވެ.
11 ވަނަ މާއާްދާ - ވަޒީފާގެ ބަޔާން
(ހ) ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ފަރާތުން އުފައްދައި މީހުން ހޯދުމަށް ނިންމައިފައިވާ މަގާމުތަކަށް އިއުލާނު ކުރެވޭނީ އެ މަގާމުތަކުގެ ވަޒީފާގެ ބާޔަން، ޗީފް އެގްޒެކެޓިވް ފާސްކުރުމުންނެވެ.
(ށ) ވަޒީފާ ބަޔާނުގައި، މަސައްކަތުގެ މަގާމުގައި އެ މުވައްޒަފަކު އާންމުކޮށް ކުރަންޖެހޭ މަސައްކަތްތައް ލިޔެފައި އޮންނަންވާނެއެވެ.
(ނ) އިމަރޖެންސީ ހާލަތްތަކުގައި މުވައްޒަފުން އަދާކުރާނެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ބަޔާންކުރާނީ އެފަދަ ހާލަތްތަކުގައި ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގައި ބޭނުންކުރުމަށް އެކުލަވައިލައިފައިވާ އުސޫލުތަކާއި އެސް.އޯ.ޕީތަކުންނެވެ.
(ރ) ވަޒީފާ ބަޔާނުގައި މުވައްޒަފުން ލައްވައި ސޮއިކޮށްފައި އޮންނަން ވާނެއެވެ. އަދި ވަޒީފާގެ ބަޔާނުގެ ކޮޕީއެއް، އެ ބަޔާނުގައި ސޮއިކުރާ މުވައްޒަފަކަށް ދޭންވާނެއެވެ.
12 ވަނަ މާއްދާ - ވަޒީފާގެ އެއްބަސްވުން
ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ވަޒީފާއަށް ހޮވާ ކޮންމެ މުވައްޒަފަކަށްވެސް ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2/2008) ގެ 4 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތަށް ވަޒީފާގެ އެއްބަސްވުމެއް ހަދައި، މި އެއްބަސްވުމުގައި ދެ ފަރާތުން ސޮއިކުރަންވާނެއެވެ.
13 ވަނަ މާއްދާ - އާންމު ހާލަތްތަކުގައި ވަޒީފާ ދިނުން
(ހ) ވަޒީފާތަކަށް މީހުން ހޯދަންވާނީ އާންމުކޮށް އިއުލާނު ކޮށްގެންނެވެ. މިގޮތަށް ކުރާ އިއުލާނުގައި ހުންނަންޖެހޭނެ މިންގަނޑުތައް ހިއުމަން ރިސޯސް މެނޭޖްމަންޓް ކޮމިޓީން ކަނޑައަޅަންވާނެއެވެ.
(ށ) ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ވަޒީފާތަކަށް މީހުން ހޮވަންވާނީ ވަޒީފާ ދިނުމުގައި ދިވެހިރާއްޖޭގައި އަމަލުކުރާ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށެވެ.
(ނ) އާންމު އުސޫލުން ވަޒީފާއަށް މީހުން ހޮވުމުގައި އަމަލުކުރާނެ އުސޫލު ހިއުމަން ރިސޯސް މެނޭޖްމަންޓް ކޮމިޓީން އެކުލަވައިލަން ވާނެއެވެ. މި ގަވާއިދަށް އަމަލުކުރަން ފަށާތާ ގިނަވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި މި އުސޫލު އެކުލަވައިލައި، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ވެބްސައިޓުގައި ށާއިއު ކުރަންވާނެއެވެ.
14 ވަނަ މާއްދާ - ހުާއްސަ ހާލަތްތަކުގައި ވަޒީފާ ދިނުން
(ހ) މި ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ހުާއްސަ ހާލަތްތަކުގައި މިނިސްޓަރުގެ ހުއްދަޔާއެކު އިއުލާނު ނުކޮށް ވެސް ތިރީގައި މިވާ ހާލަތުގައި ޗީފް އެގްޒެކެޓިވްއަށް ވަޒީފާއަށް މީހުން ހޯދިދާނެއެވެ.
- އިމަރޖެންސީ ހާލަތްތަކުގައި އޮތޯރިޓީގެ މަސައްކަތް ހަލުއި ކުރުމަށް ނުވަތަ އެ ހާލަތުގައި ކުރަންޖެހޭ މަސައްކަތްތަކަށް ހުއްޓުމެއް ނުގެނެސް މަސައްކަތް ކުރިޔަށް ގެންދިޔުމަށް ބޭނުންވާ މުވައްޒަފުން ހޯދުން.
(ށ) ހުާއްސަ ހާލަތްތަކުގައި ވަޒީފާ ދިނުމުގައި އަންނަނިވި ކަންކަމަށް ބަލަންވާނެއެވެ.
- ވަޒީފާގެ މަސްއޫލިއްޔަތަށް ވަޒީފާގެ ބަޔާނުގައި ބުނާ ތައުލީމީ ފެންވަރާއި، ފަންނީ ގާބިލުކަމާއި، ތަޖުރިބާ އެކަށީގެންވާ މިންވަރަށް ތަޖުރިބާ ހުރުން.
- ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ ދާއިރާގައި މަސައްކަތްކުރުމުގެ ށައުގީުވެރިކަން ހުރުން.
- އޮތޯރިޓީގެ މަސައްކަތްތަކަށް ހުާއްސަކޮށް އިމަރޖެންސީ އޮޕަރޭށަންސްގެ މަސައްކަތްތަކަށް ބޭނުންވާ ވަގުތު ދެވޭނެ ފަރާތަކަށް ވުން.
- ކާރިސާގެ ހާލަތްތަކުގައި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ސިިއްހީީ ގާބިލްކަމާއި ނަފުސާނީ ގާބިލުކަން ހުރުން.
15 ވަގުތީ ކޮންޓްރެކްޓަށް މީހުން ގެންގުޅުން
(ހ) މުހިންމު މަސައްކަތްތަކަށް ވަގުތީ މީހުން ގެންގުޅެން ޖެހިއްޖެނަމަ، އެކަމަށް ބޭނުންވާ މީހުން ހޯދުމަށް ޗީފް އެގްޒެކެޓިވްއަށް ނިންމިދާނެއެވެ. މިގޮތަށް ހޯދާ މީހުން ހޯދާނީ 6 (ހައެއް) މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށެވެ.
(ށ) ވަގުތީގޮތުން ކޮންޓްރެކްޓަށް މީހުން ހޯދާނީ އެކަމަށް ބަޖެޓް ހަމަޖެހިފައިވާ ނަމައެވެ.
(ނ) ވަގުތީގޮތުން ކޮންޓްރެކްޓަށް މީހުން ހޯދަން ގެންގުޅޭނެ އިޖުރާއަތުތައް، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ހިންގުން ބަޔާންކުރާ ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖަރސްގައި ބަޔާން ކުރަންވާނެއެވެ.
16 ވަނަ މާއްދާ - އާންމު ހާލަތްތަކުގައި ވަޒީފާއަށް އެދުމާއި، މީހުން ހޮވުމާއި، ވަޒީފާދިނުން
އާންމު ހާލަތްތަކުގައި އިއުލާނު ކުރެވިފައިވާ ވަޒީފާތަކަށް މީހުން އެދޭނެ ގޮތާއި، ވަޒީފާތަކަށް މީހުން ހޮވުމުގައި ގެންގުޅޭނެ އުސޫލު، ހިއުމަން ރިސޯސް މެނޭޖްމަންޓް ކޮމިޓީން ކަނޑައަޅަންވާނެއެވެ. މި އުސޫލުގައި ހުންނަންޖެހޭނެ މިންގަނޑުތަކަކީ؛
- ވަޒީފާއަށް މީހުން އެދޭނެ ގޮތްތަކާއި، ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއި، އެ ތަކެތީގެ ސައްހަކަން ކަށަވަރުކުރާނެ ގޮތްތައް.
- ވަޒީފާއަށް އެދޭ މީހުން ހޮވަން ބޭނުންކުރާނެ އިޖުރާއަތުތައް:
(ހ) ވަޒީފާއަށް މީހުން ށޯޯޓްލިސްޓް ކުރެވޭނެ ގޮތްތައް.
(ށ) ށޯޯޓްލިސްޓް ކުރެވޭ ފަރާތްތަކާ ވަކިވަކިން އިންޓަވިއު ކުރުން.
(ނ) ވަޒީފާއަށް ހޮވުނު ފަރާތަށާއި ނުހޮވޭ ފަރާތްތަކަށް އެކަން އެންގުން.
17 ވަނަ މާއްދާ - ޕްރޮބޭށަނުގެ މުއްދަތު
(ހ) ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވަޒީފާ ދޭ މުވައްޒަފަކީ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވޭވަރުގެ ގާބިލުކަން ހުރި މީހެއްތޯ ބެލުމަށް، ވަޒީފާގެ އެއްބަސްވުމުގައި 3 (ތިނެއް) މަސްދުވަހުގެ ޕްރޮބޭށަން މުއްދަތެއް ކަނޑައަޅަންވާނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެ މުވައްޒަފަކީ މަސައްކަތަށް ގާބިލު މީހެއް ކަމުގައި ފެންނަ ނަމަ، އެ މީހަކީ ދާއިމީ މުވައްޒަފެއްކަމަށް ހަމަޖައްސައި، އެކަން ލިޔުމުން އޭނާއަށް އަންގަންވާނެއެވެ.
(ށ) ޕްރޮބޭށަންގެ މުއްދަތުގެ ތެރޭގައި އެ މަގާމަށް އެ މީހަކު އެކަށީގެންނުވާ ކަމަށް ފެންނަނަމަ، އެ މުވައްޒަފަކަށް އެކަން ލިޔުމުން އަންގައި، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރަންވާނެއެވެ.
(ނ) ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ވަޒީފާއަށް އަލަށް ނުކުންނަ މުވައްޒަފުންނަށް ވަޒީފާގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް އަންގައިދިނުމަށާއި ވަޒީފާގެ މާހައުލަށް އަހުލުވެރިކުރުމުގެ ގޮތުން ޕްރޮބޭށަންގެ މުއްދަތުގައި އޮރިއެންޓޭށަން ޕްރޮގްރާމް ހިންގަންވާނެއެވެ.
(ރ) ޕްރޮބޭށަންގެ މުއްދަތު ތެރޭގައި މުވައްޒަފަކު ވަޒީފާއިން ވަކިވާން ބޭނުންވެއްޖެނަމަ، އެ މުވައްޒަފަކު އެކަން ލިޔުމުން ހުށަހެޅުމުން ވަޒީފާއިން ވަކިކުރަންވާނެއެވެ.
18 ވަނަ މާއްދާ - މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުން
ކޮންމެ އަހަރަކު އެއްފަހަރު މުވައްޒަފުން ވަޒީފާ އަދާކުރާ ގޮތުގެ ފެންވަރު ބަލަންވާނެއެވެ. މުވައްޒަފަކު ވަޒީފާއަށް ހޮވިތާ 6 (ހައެއް) މަސްދުވަސް ވެފައިވާނަމަ، އަހަރު ނިމުމުން، އެ މުވައްޒަފަކު ވަޒީފާ އަދާކުރިގޮތުގެ ފެންވަރު ބަލަންވާނެއެވެ. މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމަށް ބޭނުންކުރާނެ އުސޫލާއި މިންގަނޑު، ހިއުމަން ރިސޯސް މެނޭޖްމަންޓް ކޮމިޓީން އެކުލަވައިލައި ޗީފް އެގްޒެކްޓިވްގެ ހުއްދަޔާއެކު ހުރިހާ މުވައްޒަފުންނާ ހިއްސާ ކުރަންވާނެއެވެ.
19 ވަނަ މާއްދާ - ވަޒީފާގެ ކުރިއެރުން ދިނުމާއި، އެއް މަގާމުން އަނެއް މަގާމަށް މުވައްޒަފުން ބަދަލު ކުރުން
(ހ) ނޭށަނަލް ޑިޒާސްޓަރ މޭނޭޖްމަންޓް އޮތޯރިޓީގެ މުވައްޒަފުން އެއް މަގާމުން އަނެއް މަގާމަށް ބަދަލު ކުރެވޭނީ، އިދާރީ އޮނިގަނޑުގައި އެފަދަ މަގާމެއް އޮވެގެންނެވެ. އަދި މުވައްޒަފުން އެއް މަގާމުން އަނެއް މަގާމަށް ބަދަލުކުރާނީ، ހިއުމަން ރިސޯސް މެނޭޖްމަންޓް ކޮމިޓީގެ ލަފާގެ މަތިން ޗީފް އެގްޒެކެޓިވްއެވެ. މުވައްޒަފެއްގެ މަގާމު ބަދަލުވެއްޖެނަމަ،
އެ މުވައްޒަފަކަށް އެކަން ލިޔުމުން އަންގަންވާނެއެވެ.
(ށ) މުވައްޒަފަކު ހުރި މަގާމަށްވުރެ މަތީ މަގާމަކަށް ބަދަލުކުރަންވާނީ ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އިދާރީ އޮނިގަނޑުގައި އެފަދަ މަގާމެއް އޮވެ، އެ މަގާމަށް ހުއްދަ ލިބިފައިވާ ނަމައެވެ. މިގޮތަށް މުވައްޒަފުން މަގާމު ބަދަލުކުރުމުގައި އަމަލުކުރާނެ އުސޫލުތައް، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ހިންގުން ބަޔާންކުރާ ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖަރސްގައި ބަޔާންކުރަންވާނެއެވެ. ތިރީގައި މިވަނީ މިގޮތަށް ހެދޭ އުސޫލުގައި ރިއާާޔަތް ކުރަންޖެހޭނެ ކަންކަމެވެ.
- މުވައްޒަފު ހުރި މަގާމުގައި މަދުވެގެން 2 (ދޭއް) އަހަރުދުވަހު ހުިދުމަތްކޮށްފައި ހުރުން.
- ބަދަލުކުރެވޭ ވަޒީފާގެ މަސްއޫލިއްޔަތަށް މުވައްޒަފުގެ ތައުލީމީ ފެންވަރާއި، ފަންނީ ގާބިލުކަމާއި، އެކަށީގެންވާ މިންވަރަށް ތަޖުރިބާ ހުރުން.
- މުވައްޒަފު މަސައްކަތަށް ބަހައްޓާ ފަރުވާތެރިކަމާއި ދޭ އަހަމިއްޔަތުކަން.
- ފާއިތުވި 2 (ދޭއް) އަހަރުދުވަހުގެ މުވައްޒަފުގެ ޕާރފޯމަންސް އެޕްރެއިޒަލް.
- ފާއިތުވި 2 (ދޭއް) އަހަރުދުވަހު މުވައްޒަފުގެ ހާޒިރީ ރިޕޯޓު.
- އެޅިފައިވާ އިސްލާހީީ ފިޔަވަޅުތައް.
20 ވަނަ މާއްދާ - މަގާމު އުވުން
(ހ) މުވައްޒަފުންގެ މަގާމު އުވޭނީ ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އިދާރީ އޮނިގަނޑު މުރާޖައާާ ކުރުމުގައި އަންނަނިވި ބަދަލުތައް އައުމުގެ ސަބަބުންނެވެ.
- ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ މެންޑޭޓަށް އަންނަ ބަދަލަކާ ގުޅިގެން ކުރަމުންދިޔަ މަސައްކަތަށް ބަދަލު އައުމުގެ ސަބަބުން އިދާރީ އޮނިގަނޑުގައިވާ ސެކްށަންތަކުގެ މަސައްކަތްތަކަށް ބަދަލު ގެންނަން ޖެހިގެން ބައެއް މަގާމުތައް އުވުން.
- ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އިދާރީ އޮނިގަނޑުގައި ބަޔާންކޮށްފައިވާ މަގާމުތަކަށް ކަނޑައަޅާ ށަރުތުުތަކަށް ބަދަލުތަކެއް ގެންނަން ޖެހުން.
- ސަރުކާރުގެ ސިޔާސަތަށް ގެންނަ ބަދަލަކާ ގުޅިގެން މަގާމުތަކަށް ބަދަލު ގެންނަން ޖެހުން.
(ށ) މުވައްޒަފަކު ހުރި މަގާމު އުވިއްޖެނަމަ، އެ މުވައްޒަފަކަށް އަދާކުރެވިދާނެ އެހެން ވަޒީފާއެއް ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގައި އޮތްތޯ ބަލައި، އެ މީހަކަށް އަދާކުރެވޭވަރުގެ ވަޒީފާއެއް އޮތްނަމަ، އެ މުވައްޒަފަކު އެކަމަށް އިއުތިރާޒުު ނުކުރާނަމަ، އެ ވަޒީފާއަކަށް ބަދަލުކޮށްދޭން ވާނެއެވެ. ބަދަލުކޮށްދޭނެ މަގާމެއް ނެތިގެން މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ޖެހިއްޖެނަމަ، ވަކިކުރަންވާނީ، ތިރީގައިވާ ގޮތުގެ މަތިން ނޯޓިސް ދިނުމަށް ފަހުއެވެ.
- ހުިދުމަތުގައި 3 (ތިނެއް) އަހަރުދުވަސް ހަމަނުވާ މުވައްޒަފެއް ނަމަ، 1 (އެކެއް) މަސްދުވަސް.
- ހުިދުމަތުގައި 3 (ތިނެއް) އަހަރުދުވަސް ވެފައިވާ، 5 (ފަހެއް) އަހަރުދުވަސް ހަމަނުވާ މުވައްޒަފެއް ނަމަ 2 (ދޭއް) މަސްދުވަސް.
- ހުިދުމަތުގައި 5 (ފަހެއް) އަހަރުދުވަސް ހަމަވެފައިވާ މުވައްޒަފެއްނަމަ 3 (ތިނެއް) މަސްދުވަސް.
- އެއް ލެވެލުގެ އެއް މަސައްކަތެއް ކުރާ ދެ މަގާމެއްގައި ހުރި ދެ މުވައްޒަފެއްގެ ތެރެއިން އެއް މުވައްޒަފަކު ވަކިކުރަން ޖެހިއްޖެނަމަ، ވަކިކުރާނެ މުވައްޒަފަކު ކަނޑައަޅާނީ، މުވައްޒަފުގެ ވަޒީފާގެ ޕާރފޯމަންސާއި ހާޒިރީއާއި މުވައްޒަފަށް އަޅައިފައިވާ އިސްލާހީީ ފިޔަވަޅުތަކަށް ބެލުމަށްފަހުއެވެ.
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ނޯޓިސް ދިނުމުން، އަދާކުރެވިދާނެ އެހެން ވަޒީފާއެއް ހޯދުމަކީ އެ މުވައްޒަފެއްގެ ޒިންމާއެކެވެ. އެ މުއްދަތުގެ ތެރޭގައި އެހެން ވަޒީފާއެއް ނުހޯދިޔަސް މުއްދަތު ހަމަވުމުން ވަޒީފާއިން ވަކިވާނެއެވެ.
(ރ) ވަޒީފާއާބެހޭ ގާނޫނުގެ 25 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ވަޒީފާއިން ވަކިކުރުމުގެގޮތުން ދޭންޖެހޭ ނޯޓިސް ދިނުމުގެ ބަދަލުގައި، އެ ނޯޓިސްގެ މުއްދަތު ފެށޭ ދުވަހުން ފެށިގެން އެ ނޯޓިސްގެ މުއްދަތު ނިމޭ ދުވަހާ ހަމަޔަށް އެ މުވައްޒަފަކަށް ލިބިދޭންޖެހޭ މުސާރައާއި އެހެނިހެން އާިނާޔަތްތައް ހަމަޔަށް އޭނާއަށް ދިނުމަށްފަހު އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެއެވެ.
21 ވަނަ މާއްދާ - މުސާރަ
(ހ) މުވައްޒަފުންނަށް މުސާރަ ދޭނީ މީލާދީ މަހުން މަހަށެވެ.
(ށ) މުވައްޒަފުންނަށް ލިބޭ މުސާރައިގެ ދުވަހަކަށްޖެހޭ އަދަދު ބަލާނީ މީލާދީ 30 (ތިރީސް) ދުވަހުން ގެއްލައިގެންނެވެ.
(ނ) މުސާރަ ދޭނީ ވަޒީފާ ދިން ޗިޓުގައިވާ ނުވަތަ ވަޒީފާ ބަދަލުކުރި ޗިޓުގައިވާ ތާރީހުުން ފެށިގެންނެވެ. މުވައްޒަފެއްގެ މުސާރައަށް ބަދަލު އަތުވެއްޖެނަމަ، ބަދަލު ގެނެވުނު މުސާރަ އެ މުވައްޒަފަކަށް ދޭންވާނީ މުސާރަ ބަދަލުވިކަމުގެ ޗިޓުގައިވާ، މުސާރަ ބަދަލުވި ތާރީހުުން ފެށިގެންނެވެ.
(ރ) މުވައްޒަފުންނަށް މުސާރައާއި އާިނާޔަތްތައް ދެވޭނެ ދުވަހާއި، މުސާރަ ހަވާލުކުރާނެ ގޮތާއި، މުސާރައިން އުނިކުރެވޭނެ ހާލަތްތައް، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ހިންގުން ބަޔާންކުރާ ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖަރސްގައި ތަފުސީލުކޮށް ބަޔާންކުރަންވާނެއެވެ.
ހަތަރުވަނަ ބާބު
އިސްލާހީީ ފިޔަވަޅު އެޅުމާއި، ކުށުގެ ދަރަޖަތައް
22 ވަނަ މާއްދާ - އިސްލާހީީ ފިޔަވަޅު އެޅުން
(ހ) ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ނުވަތަ އެނޫންވެސް އެފަދަ ކަމެއް މުވައްޒަފެއްގެ ފުށުން ފެނިއްޖެ ނަމަ، އެ މުވައްޒަފަކު އިސްލާހު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަވަހަށް އަޅަންވާނެއެވެ.
- މަސައްކަތަށް ފަރުވާ ކުޑަކުރުން.
- ހާޒިރީއަށް ފަރުވާ ކުޑަކުރުން.
- ވަޒީފާގެ ގާބިލުކަން ނެތުން.
- ވަޒީފާ އަދާކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި، ސިޔާސަތުތަކާއި، އެސް.އޯ.ޕީ.ތަކަށް މުވައްޒަފު އަމަލު ނުކުރުން.
- އޮތޯރިޓީގެ ނިންމުންތަކަށް އިހްތިރާމް ނުކުރުން.
- މުވައްޒަފުންގެ މެދުގައި ހަމަނުޖެހުން އުފެދިދާނެ އަމަލުތައް ކުރުން.
- އިސްލާހީީ ފިޔަވަޅު އެޅުމަށް އޮތޯރިޓީގެ އުސޫލުތަކާއި އެސް.އޯ.ޕީ.ތައް ބަޔާންކުރާ ކަމެއް ކުރުން.
(ށ)
- މުވައްޒަފަކު ކުރާ ކަމަކާ ގުޅިގެން އެ މުވައްޒަފަކު އިސްލާހުކުރުމަށް ފިޔަވަޅު އަޅަން ޖެހިއްޖެ ނަމަ، އިސްލާހީީ ފިޔަވަޅު އަޅާނީ އެ ކަމެއްގެ ކުޑަބޮޑުމިނަށް ބަލައި، ތިރީގައިވާ ގޮތުގެ މަތީންނެވެ.
- އަނގަބަހުން ނަސޭހަތް ދިނުން: މި ފިޔަވަޅު އަޅާނީ، މުވައްޒަފު ކުރާ އާދައިގެ ކުދިކުދި ކުށްތަކާއި، އެ ކުށެއްގެ ކުޑަބޮޑުމިނަށް ބަލައި، ކުށުގެ ދަރަޖަ 1 ގައިވާ ކުށްތައް އިސްލާހު ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައެވެ.
- އަނގަބަހުން ނަސޭހަތް ދިނުމަކީ، ޗީފް އެގްޒެކެޓިވް ނުވަތަ ޗީފް އެގްޒެކެޓިވް އިސްލާހީީ ފިޔަވަޅު އެޅުމަށް ކަނޑައަޅައިފައިވާ މުވައްޒަފަކު، މުވައްޒަފެއްގެ އިސްލާހީީ ފިޔަވަޅާ ބެހޭގޮތުން އެ މުވައްޒަފަކާ ވާހަކަދައްކައި، އެފަދައިން އަމަލުތައް ނުބެހެއްޓުމަށް ނަސޭހަތްތެރިވެ، އެކަން އެ މުވައްޒަފަކަށް އެންގުމެވެ. މުވައްޒަފުންނަށް އަނގަބަހުން ދެވޭ ނަސޭހަތް ލިޔެ ބަލަހައްޓަންވާނެއެވެ. އަދި އެ މައުލޫމާތު، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްށަނަށް ފޮނުވަން ވާނެއެވެ. އިސްލާހުވުމަށް އަނގަބަހުން ނަސޭހަތްތެރިވެވޭނީ 1 (އެކެއް) ފަހަރުއެވެ. އަނގަބަހުން ނަސޭހަތް ދިނުމަށްފަހު، ދެން ނަސޭހަތް ދޭންވާނީ ލިޔުމުންނެވެ.
- ލިޔުމުން ނަސޭހަތް ދިނުން: މި ފިޔަވަޅު އަޅާނީ، މުވައްޒަފު ކުރާ އާދައިގެ ކުދިކުދި ކުށްތަކާއި، އެ ކުށެއްގެ ކުޑަބޮޑުމިނަށް ބަލައި، ކުށުގެ ދަރަޖަ 1 ގައިވާ ކުށްތައް އިސްލާހު ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައެވެ. އަދި އަނގަބަހުން ނަސޭހަތްދެވިފައިވާ ކުށެއް ތަކުރާރު ކުރިޔަސް، މި ފިޔަވަޅު އެޅިދާނެއެވެ.
- ލިޔުމުން ނަސޭހަތް ދިނުމަކީ، ޗީފް އެގްޒެކެޓިވް ނުވަތަ ޗީފް އެގްޒެކެޓިވް އިސްލާހީީ ފިޔަވަޅު އެޅުމަށް ކަނޑައަޅައިފައިވާ މުވައްޒަފަކު، މުވައްޒަފެއްގެ އިސްލާހީީ ފިޔަވަޅާ ބެހޭގޮތުން މުވައްޒަފަކަށް ރަސްމީކޮށް ލިޔުމުން އެކަން އަންގައި، އެފަދައިން އަމަލުތައް ނުބެހެއްޓުމަށް ލިޔުމުން ނަސޭހަތްތެރިވުމެވެ. މުވައްޒަފުންނަށް ލިޔުމުން ދެވޭ ނަސޭހަތް ރައްކައުތެރިކަމާއެކު ފައިލުކޮށް ބަލަހައްޓަންވާނެއެވެ. އަދި އެ މައުލޫމާތު މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްށަނަށް ފޮނުވަން ވާނެއެވެ. މުވައްޒަފަކަށް ލިޔުމުން ނަސޭހަތްތެރިވެވޭނީ ގިނަވެގެން 2 (ދޭއް) ފަހަރުއެވެ. މިގޮތަށް ދޭ ނަސޭހަތެއް ދޭ ތާރީހުުން ފެށިގެން 2 (ދޭއް) އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި އިތުރު ކުށެއް އޭނާ ނުކުރާ ނަމަ، އެ މުވައްޒަފު އިސްލާހުވީ ކަމަށް ބަލައި އެ ލިޔުން ބާތުިލުކޮށް، އެކަން ލިޔުމުން މުވައްޒަފަށް އަންގަންވާނެއެވެ.
- ލިޔުމުން އިންޒާރު ދިނުމަކީ، ޗީފް އެގްޒެކެޓިވް ނުވަތަ ޗީފް އެގްޒެކެޓިވް އިސްލާހީީ ފިޔަވަޅު އެޅުމަށް ކަނޑައަޅައިފައިވާ މުވައްޒަފަކު، ނަސޭހަތްތެރިވުމުންވެސް އިސްލާހު ނުވިނަމަ، ނުވަތަ އޭނާ ކުރި ކުށަކީ ކުށުގެ ދަރަޖަ 2 ގައި ނުވަތަ 3 ގައި ހިމެނޭ ފަދަ ކުށެއް ނަމަ، އެކަން ތަކުރާރު ނުކުރުމަށާއި، ތަކުރާރު ކޮށްފި ނަމަ އަޅާނެ ފިޔަވަޅު ބަޔާންކޮށް ލިޔުމެއް ދިނުމެވެ. މި ގޮތުން އަޅާނެ ފިޔަވަޅުތަކުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތް ބަދަލުކުރެވިދާނެކަން، ނުވަތަ ވަކި މުއްދަތަކަށް ވަޒފާއަށް ނުނިކުންނަ ގޮތަށް ހަމަޖެއްސިދާނެކަން ނުވަތަ ވަޒީފާގެ ގިންތި ދަށްކުރެވިދާނެކަން ބަޔާން ކުރެވިދާނެއެވެ. މުވައްޒަފުންނަށް ލިޔުމުން ދޭ އިންޒާރު ރައްކައުތެރިކަމާއެކު ފައިލުކޮށް ބަލަހައްޓަންވާނެއެވެ. އަދި އެ މައުލޫމާތު، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްށަނަށް ފޮނުވަން ވާނެއެވެ. ލިޔުމުން އިންޒާރުދެވޭނީ 1 (އެކެއް) ފަހަރުއެވެ. މިގޮތަށް ދޭ އިންޒާރު ދޭ ތާރީހުުން ފެށިގެން 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި އިތުރު ކުށެއް ނުކުރާ ނަމަ، އެ އިންޒާރަށް އަމަލުނުކުރާގޮތަށް ހަމަޖެއްސިދާނެއެވެ. އަދި އެކަން މުވައްޒަފަށް ލިޔުމުން އަންގަންވާނެއެވެ.
- ހަވާލުކޮށްފައިވާ މަސައްކަތް ބަދަލުކުރުން: ހަވާލުކޮށްފައިވާ މަސައްކަތް ބަދަލުކުރުމަކީ މުވައްޒަފަކު ކުރި ކުށަކާ ގުޅިގެން، އެ މުވައްޒަފަކަށް ހަވާލުކޮށްފައިވާ މަސައްކަތުގެ ތެރޭގައި ހިމެނޭ މަސައްކަތުގެ ވާޖިބާއި މަސްއޫލިއްޔަތުގެ ތެރެއިން އެވަގުތަކަށް އެކަށީގެންވާ ކަންތައްތަކުން ވަގުތީގޮތުން ނުވަތަ ދާއިމީކޮށް ދުރުކޮށް، މުވައްޒަފުގެ މަސައްކަތާ ގުޅޭގޮތުން، އޮފީހުގެ މަސައްކަތުގެ ތެރެއިން، އެވަގުތަކަށް އެކަށީގެންވާ އެހެން ކަންތައްތަކެއް ހަވާލުކުރުމެވެ. ދާއިމީކޮށް މަސައްކަތް ބަދަލުކުރެވޭނީ ދާއިމީގޮތެއްގައި ހަވާލުކުރާނެ ޒިންމާތަކެއް އޮވެގެން ނުވަތަ އެހެން މުވައްޒަފެއްގެ މަސައްކަތެއް ކުރުމަށް ބަދަލުކުރުމުގެ ފުރުސަތު އޮވެގެންނެވެ. ދާއިމީގޮތެއްގައި މަސައްކަތް ބަދަލުކުރެވެން ނެތްނަމަ އަމަލު ކުރާނީ މި މާއްދާގެ 9 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
- ވަކި މުއްދަތަކަށް ވަޒީފާއަށް ނުނުކުމެ ހުރުމަށް އެންގުން: މިއީ ކުށުގެ ދަރަޖަ 2 އާއި 3 ގައި ހިމެނޭ ކުށްތަކުގެ ތެރެއިން ކުށެއް ކުރުމުގެ ސަބަބުން އެ ކުށުގެ ކުޑަބޮޑުމިނަށް ބަލައި، އެ މުވައްޒަފަކު ވަޒީފާއަށް ނެރުމަކީ އޭގެ ސަބަބުން އެހެން މުވައްޒަފުންނަށާއި، އޮފީހުގެ މަސައްކަތަށް ނުރަނގަޅު އަސަރު ކޮށްފާނެ ކަމަކަށްވާތީ ، އެ މުވައްޒަފަކަށް މުސާރަ ލިބޭގޮތަށް ނުވަތަ ނުލިބޭގޮތަށް ވަޒީފާއަށް ނުނިކުމެ ހުރުމަށް ނުވަތަ ވަޒީފާގެ ޒިންމާ އަދާނުކޮށް ހުރުމަށް އަންގާ އެންގުމެކެވެ. މި އިސްލާހީީ ފިޔަވަޅަކީ އިސްވެ ބަޔާންކުރެވުނު އިސްލާހީީ ފިޔަވަޅުތަކަށްވުރެ ބޮޑު ފިޔަވަޅެކެވެ. ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ މުވައްޒަފަކާމެދު މި ފިޔަވަޅު އަޅާނީ އެ ފިޔަވަޅު އެޅުމަށް ހިއުމަން ރިސޯސް މެނޭޖްމަންޓް ކޮމިޓީން ލަފާދީ ޗީފް އެގްޒެކެޓިވް ނިންމައިގެންނެވެ. ނަމަވެސް ކުށުގެ ދަރަޖަ 2 އާއި 3 ގައި ހިމެނޭ ކުށެއް ކުރުމުގެ ސަބަބުން ކުށްކުރި މުވައްޒަފަށް ވަގުތުން އޮފީހުން ދިޔުމަށް އަންގާ އެންގުން އެއީ މި ފިޔަވަޅު އެޅުން ކަމުގައެއް ނުބެލެވޭނެއެވެ. އިސްލާހީީ ފިޔަވަޅެއްގެ ގޮތުން އޮފީހަށް ނުނިކުމެ ހުރުމަށް އެންގޭނީ ބަންދު ދުވަސްތައް ހިމަނައިގެން ގިނަވެގެން 14 (ސާދަ) ދުވަހުގެ މުއްދަތަށެވެ. މި ފިޔަވަޅު އެޅުމަށްފަހު، އެ މުވައްޒަފަކަށް އެކަން ލިޔުމުން އަންގައި، އެ ލިޔުން އެ މުވައްޒަފުގެ ޕާރސަނަލް ފައިލުގައި ދާއިމީ ރިކޯޑެއްގެ ގޮތުގައި ފައިލުކޮށް ބަލަހައްޓަންވާނެއެވެ.
- ވަޒީފާގެ މަގާމު ދަށްކުރުން: މިއީ ކުށުގެ ދަރަޖަ 3 ގައި ހިމެނޭ ކުށްތަކުގެ ތެރެއިން ކުށެއް ކުރުމުގެ ސަބަބުން އެ ކުށުގެ ކުޑަބޮޑުމިނަށް ބަލައި، އެ މުވައްޒަފަކު ހުރި ފަންތީގެ މަގާމަށްވުރެ ދަށްފަންތީގެ މަގާމަކަށް ބަދަލުކުރުމަށް އަޅާ ފިޔަވަޅެކެވެ. ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ މުވައްޒަފަކާމެދު މި ފިޔަވަޅު އަޅާނީ، އެ ފިޔަވަޅު އެޅުމަށް ހިއުމަން ރިސޯސް ކޮމިޓީން ލަފާދީ ޗީފް އެގްޒެކެޓިވް ނިންމައިގެންނެވެ. މި ފިޔަވަޅު އެޅުމަށްފަހު، އެ މުވައްޒަފަކަށް އެކަން ލިޔުމުން އަންގައި، އެ ލިޔުން އެ މުވައްޒަފުގެ ޕާރސަނަލް ފައިލުގައި ދާއިމީ ރިކޯޑެއްގެ ގޮތުގައި ފައިލުކޮށް ބަލަހައްޓަން ވާނެއެވެ. މި ފިޔަވަޅު އެޅުމަށްފަހުވެސް މުވައްޒަފު އިސްލާހުވެފައި ނުވާނަމަ، ހިއުމަން ރިސޯސް މެނޭޖްމަންޓް ކޮމިޓީން ލަފާދީ ޗީފް އެގްޒެކްޓިވްއަށް އެ މުވައްޒަފު ވަޒީފާއިން ވަކިކުރެވިދާނެއެވެ.
(ނ) މުވައްޒަފެއްގެ ފަރާތުން ފަރުވާކުޑަކުރުން ފަދަ ކަމެއް ފެނިގެން ނަސޭހަތްދީ އިސްލާހީީ ފިޔަވަޅެއް އަޅަން ޖެހިއްޖެ ނަމަ، އެ އިސްލާހީީ ފިޔަވަޅު އަޅާނީ މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްށަން މެދުވެރިކޮށް، ހިއުމަން ރިސޯސް މެނޭޖްމަންޓް ކޮމިޓީގެ ލަފާގެ މަތިން ޗީފް އެގްޒެކެޓިވް ނުވަތަ ޗީފް އެގްޒެކެޓިވް އިސްލާހީީ ފިޔަވަޅު އެޅުމަށް ކަނޑައަޅައިފައިވާ މުވައްޒަފެކެވެ. މުވައްޒަފަކާމެދު އިސްލާހީީ ފިޔަވަޅެއް އަޅަންޖެހިއްޖެ ހިނދެއްގައި ބޭނުންވާ މައުލޫމާތު ސުޕަވައިޒަރު ނުވަތަ ސެކްށަނުގެ ވެރިޔާ، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްށަނަށް ފޮނުވަން ވާނެއެވެ. މުވައްޒަފަކާމެދު އިސްލާހީީ ފިޔަވަޅު އެޅިއްޖެ ނަމަ، އެ ފިޔަވަޅެއްގެ މައުލޫމާތު މުވައްޒަފުގެ ޕަރސަނަލް ފައިލުގައި ބަލަހައްޓަންވާނެއެވެ.
(ރ) ސެކްށަނެއް ނުވަތަ ޑިވިޒަަނެއް ހިންގުމާ ހަވާލުވެހުރި ވެރިއެއްގެ ފަރާތުން އެ މީހެއްގެ މަސައްކަތަށް ފަރުވާކުޑަކުރުން ފަދަ ކަމެއް ފެނިގެން އިސްލާހީީ ފިޔަވަޅު އަޅަން ޖެހިއްޖެ ނަމަ، އިސްލާހީީ ފިޔަވަޅު އަޅާނީ ޗީފް އެގްޒެކެޓިވްއެވެ. އިސްލާހީީ ފިޔަވަޅެއް އަޅަންޖެހިއްޖެ ހިނދެއްގައި ބޭނުންވާ މައުލޫމާތު، ސުޕަވައިޒަރު ނުވަތަ ސެކްށަނުގެ ވެރިޔާ، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްށަނަށް ފޮނުވަން ވާނެއެވެ. މުވައްޒަފަކާމެދު އިސްލާހީީ ފިޔަވަޅު އެޅިއްޖެ ނަމަ، އެ ފިޔަވަޅެއްގެ މައުލޫމާތު، މުވައްޒަފުގެ ޕަރސަނަލް ފައިލުގައި ބަލަހައްޓަންވާނެއެވެ.
(ބ) މުވައްޒަފުންނަށް އިންޒާރު ދޭ ލިޔުމުގައި އެ މުވައްޒަފަކު ސޮއިނުކުރިނަމަ، ހިއުމަން ރިސޯސް ސެކްށަނުގެ މުވައްޒަފެއްގެ ހާޒިރުގައި އިންޒާރުދެވުނުކަން އެ މުވައްޒަފަށް އަންގާނީއެވެ. މިގޮތަށް އަމަލުކުރާއިރު، އިންޒާރުދިންކަމަށް އެ ލިޔުމުގައި ޗީފް އެގްޒެކެޓިވް ނުވަތަ ޗީފް އެގްޒެކެޓިވް އިސްލާހީީ ފިޔަވަޅު އެޅުމަށް ކަނޑައަޅައިފައިވާ މުވައްޒަފު ސޮއިކުރަން ވާނެއެވެ.
(ޅ) މުވައްޒަފުގެ ގާބިލުކަން ނުދެއްކުމުގެ ސަބަބުން ނުވަތަ އަހުުލާގީީ މިންގަނޑު ދަށްވެގެން އެކަންކަން ރަނގަޅު ކުރުމަށް މި ގަވާއިދުގައިވާ ގޮތުގެ މަތީން ފިޔަވަޅުއަޅައިގެން އިސްލާހު ނުވެއްޖެނަމަ، މުވައްޒަފުގެ ޒިންމާ ފުރިހަމަޔަށް އަދާނުކުރުމުގެ ސަބަބުން އޮފީހަށް ގެއްލުންވާކަމަށް ފެންނަ ނަމަ، ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) ގެ 22 ވަނަ މާއްދާއާއި 23 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ޗީފް އެގްޒެކެޓިވްއަށް ނިންމިދާނެއެވެ.
23 ވަނަ މާއްދާ - ކުށުގެ ދަރަޖަ
(ހ) ކުށުގެ ދަރަޖަ 1
- ހަވާލުކޮށްފައިވާ މަސައްކަތަށް ފަރުވާކުޑަކުރުމާއި ވަޒީފާގެ ޒިންމާ ނޫފުލުން.
- ހަވާލުކުރެވޭ މަސައްކަތްތައް، އެ މަސައްކަތް ނިންމަންޖެހޭ އަވަސްމިނުގައި ޒިންމާދާރުކަމާއެކު ނުނިންމުން.
- ކަނޑައެޅިފައިވާ ގަޑިއަށް އޮފީހަށް ނުވަތަ ރަސްމީ މަސައްކަތަށް މުވައްޒަފު ހާޒިރުނުވުމުގެ ސަބަބުން އޮފީހުގެ މަސައްކަތަށް ބުރޫއެރުން ނުވަތަ އެހެން މުވައްޒަފުންގެ މަސައްކަތުގެ މާހައުލާއި މަސައްކަތުގެ އަހުުލާގަށް ނޭދެވޭ އަސަރުކުރުން.
- މަސައްކަތުގެ ދާއިރާގައި މުވައްޒަފު ދޭންޖެހޭ އެއްބާރުލުން ނުދިނުމާއި، އަމުރުތަކަށާއި، އެންގުންތަކަށް ކިޔަމަންތެރި ނުވުން.
- ކަނޑައަޅައިފައިވާ މަސައްކަތުގަޑީގައި މަސައްކަތް ކުރަން ހަމަޖެހިފައިވާ ތަނުން ބޭރުގައި ހުއްދަނެތި އުޅުމާއި، ކަނޑައަޅައިފައިވާ މަސައްކަތު ގަޑީގައި އަމިއްލަ މަސައްކަތްކުރުމާއި، އަމިއްލަ ކަންކަމުގައި ވަގުތު ހޭދަކުރުމާއި، ވަގުތު ބޭކާރުކުރުން.
- ބަލިނުވެ ސަލާމުގެ ޗުއްޓީ ނެގުމާއި، ބަލިވެގެންވެސް އޮފީހަށް ނާންގައި ސަލާމުގެ ޗުއްޓީގައި ހުރުމާއި، އެކިއެކި ޗުއްޓީ ނެގުމުގައި މަކަރުހެދުމާއި، އޮޅުވައިލުމާއި، ޗުއްޓީގެ ފުރުސަތު ނުވަތަ އާިނާޔަތް ނަހަމަގޮތުގައި ބޭނުންކުރުން، ނުވަތަ އެއިން ކަމެއް ކުރަން އުޅުން.
- އާދަވެ އޮފީހަށް ގަޑިޖެހުމުގެ ސަބަބުން މުވައްޒަފު އަދާކުރަންޖެހޭ ވަޒީފާގެ މަސްއޫލިއްޔަތަށް ބުރޫއެރުން.
- ވަކި ސަބަބެއް ނާންގާ މަގުބޫލު އުޒުރަކާ ނުލައި 1 (އެކެއް) ދުވަހު ވަޒީފާއަށް ހާޒިރު ނުވުން.
- މުޖުތަމައުގެ އާންމު އަހުުލާގީީ މިންގަނޑަށްވުރެ ދަށްފަންތީގެ އަމަލުކުރުމާއި، ވާހަކަދެއްކުމުގައްޔާއި، މުހުާތުަބުކުރުމުގައި، ހަޑިހުތުރު ބަހުރުވަ ބޭނުންކުރުން.
- ވަޒީފާ އަދާކުރުމުގައި އިހުމާލުވުން ނުވަތަ ފަރުވާކުޑަވުން.
- މުވައްޒަފުންގެ މެދުގައި ހަމަނުޖެހުން އުފެދިދާފަދަގޮތަކަށް އަމަލުތައް ބެހެއްޓުން.
(ށ) ކުށުގެ ދަރަޖަ 2
- ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ގަވާއިދާއި، ކޯޑް އޮފް ކޮންޑަކްޓާއި، އެންގުންތަކާއި، އުސޫލުތަކާއި، ސިޔާސަތުތަކާއި އެސް.އޯ.ޕީ.ތަކާ ގަސްތުގައި ހުިލާފުވުން، ނުވަތަ އެއިން ކަމަކަށް އިހުމާލުވުން ނުވަތަ ފަރުވާކުޑަކުރުމުގެ ސަބަބުން އެއިން ގަވާއިދަކާ ހުިލާފުވުން.
- މުވައްޒަފުގެ މައްޗަށް އިސްކޮށް ހުންނަ ވެރިޔަކު ގާނޫނާއި ގަވާއިދާ އެއްގޮތަށް ދޭ އިރުށާދަކާ އެއްގޮތްވާ ގޮތުގެ މަތީން މަސައްކަތް ގަސްތުގައި ނުކުރުން، ނުވަތަ މަސައްކަތް ކުރުމުގައި އިހުމާލުވުން.
- ކަނޑައަޅައިފައިވާ މަސައްކަތު ގަޑި ނިމުމުގެ ކުރީން، މަސައްކަތް ކުރާ ތަނުން ހުއްދަނެތި ދިއުން.
- އެއްބަސްވެފައިވާ ގޮތުގެ މަތިން މަސައްކަތު ގަޑީގެ އިތުރުން، އިތުރުގަޑީގައި ކުރަންޖެހޭ މަސައްކަތެއް ކުރުމަށް އެންގުމުން އެކަމަށް އިންކާރުކުރުން.
- އިމަރޖެންސީ އޮޕަރޭށަންސްގެ މަސައްކަތްތަކަށް ނުކުތުމަށް އެންގުމުން އެކަމަށް އިންކާރުކުރުން، ނުވަތަ އެފަދަ ހާލަތްތަކުގައި ފޯނުކޯލުތަކަށް ނުވަތަ މެސެޖުތަކަށް މަގީްބޫލު އުޒުރެއްނެތި ޖަވާބު ނުދިނުން.
- މި ގަވާއިދުގައިވާ ގޮތުގެ މަތީން އެންގުމަކާ ނުލައި ވަޒީފާއަށް ހާޒިރުނުވެ ހުރުން، ނުވަތަ އަންގަންޖެހޭ ފަރާތަކަށް އެންގުމަކާ ނުލައި ވަޒީފާއަށް ހާޒިރުނުވެ ހުރުން.
- މަސައްކަތުގެ ދާއިރާގައި އެހެން މުވައްޒަފުންނާއެކު ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ނުކުރުން.
- ނަހަމަގޮތުގައި ސަރުކާރުގެ މުދަލާއި، ފައިސާއާއި، އޮފީހުގެ އެންމެހައި ވަސީލަތްތައް ބޭނުންކުރުން.
- ހަށިގަނޑަށް ގެއްލުމެއް ނުލިބޭ ފަދަ މަސައްކަތެއް ކުރި ކަމުގައިވިޔަސް، އެ މަސައްކަތެއްގައި ގެންގުޅެންޖެހޭ ރައްކައުތެރިކަމުގެ ފިޔަވަޅު އެޅުމުގައި އިހުމާލުވުން.
- މަސައްކަތުގަޑީގައި ނިދުން.
- އެނގިހުރެ ގަސްތުގައި މަސައްކަތުގެ ދާއިރާގައި މުވައްޒަފު ހާމަކުރަންނުޖެހޭ އެއްވެސް މައުލޫމާތެއް ހާމަކުރުން.
- މާރާމާރީ ހިންގުން ނުވަތަ އެހެން މުވައްޒަފަކަށް އަނިޔާއެއް ވެދާފަދަ އަމަލެއް ކުރުން.
- ކުށުގެ ދަރަޖަ 1 ގައިވާ ކުށްތައް އިސްލާހުނުވެ ތަކުރާރުވުން.
(ނ) ކުށުގެ ދަރަޖަ 3
- މި ގަވާއިދުގައިވާ ގޮތުގެ މަތިން އެއްވެސް ސަބަބެއް ނާންގައި 3 (ތިނެއް( ދުވަހަށްވުރެ ދިގު މުއްދަތަކަށް އޮފީހަށް، ނުވަތަ އޮފީހުގެ މަސައްކަތަށް ނުނިކުމެ ހުރުން ނުވަތަ ޗުއްޓީ ހަމަކޮށްފައި އޮފީހަށް ނުކުންނަންޖެހޭ ތާރީހުު ހަމަވުމަށްފަހު 3(ތިނެއް) ދުވަހަށްވުރެ ދިގު މުއްދަތަކަށް ނުނިކުމެ ހުރުން.
- ސަރުކާރުގެ ލިޔެކިއުމެއް ނުވަތަ އޮފީހުގެ ލިޔެކިއުމެއްގެ އަސްލު އޮޅުވައިލައި، ބަދަލުކުރުން. މީގެ ތެރޭގައި، އެ މީހަކު މަސައްކަތުގައި ގެންގުޅެންޖެހޭ ލިޔުމާއި، އޮފީހަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހިމެނޭ ލިޔުމާއި، ހާޒިރީ ރިޕޯޓާއި، ވައުޗަރާއި، ޗުއްޓީގެ ރިކޯޑުތަކާއި، އިތުރުގަޑީގެ ހާޒިރީ ފަދަ އޮފީހުގެ ލިޔެކިއުންތައް ހިމެނެއެވެ.
- ގާނޫނާއި ގަވާއިދާ ހުިލާފަށް ދައުލަތުގެ ސިއްރު މައުލޫމާތު ހާމަކުރުން، ނުވަތަ ދޫކުރުން، ނުވަތަ ބޭރުކުރުން، ނުވަތަ ކޮޕީހެދުން، ނުވަތަ ރިކޯޑުކުރުން، ނުވަތަ މިއިންކަމަކަށް މަގުފަހިކުރުން، ނުވަތަ މިއިން ކަމަކަށް އެހީތެރިވެދިނުމާއި މިއިން ކަމެއް ކުރުމުގައި ބައިވެރިވުން.
- ސަރުކާރުގެ މުދަލާއި ފައިސާއާއި އޮފީހުގެ އެންމެހައި ވަސީލަތްތައް ބޭނުންކުރުމުގައި އިހުމާލުވުން ނުވަތަ ނަހަމަގޮތުގައި އެއިން އެއްޗެއް ބޭނުންކުރުން، ނުވަތަ އެއިން އެއްޗެއް އަމިއްލަކަމަކަށް ބޭނުންކުރުން، ނުވަތަ އެއިން އެއްޗަކަށް ގެއްލުމެއް ދިނުން، ނުވަތަ އެއިން އެއްޗަކަށް ގެއްލުންވެދާނެ ފަދަ ގޮތަކަށް އަމަލުކުރުން.
- ރިށްވަތު ހިފުން، ނުވަތަ އެފަދަ އެނޫން ހަދިޔާއެއް ލިބިގަތުން، ނުވަތަ އެއްޗެއް ނުވަތަ އަގުނެގޭ ހުިދުމަތެއް އަގުއަދާނުކޮށް ލިބިގަތުން.
- އެ މީހަކަށް ލިބިފައިވާ މަގާމުގެ އިހުުތިޔާރު ގަސްތުގައި ނާޖާއިޒުގޮތެއްގައި ތިމާގެ ފައިދާއަށް ނުވަތަ ހައްގީުނޫން އެހެން ފަރާތެއްގެ ފައިދާއަށް ނުވަތަ މަސްލަހަތަށް ބޭނުންކުރުން ނުވަތަ ބޭނުންކުރަން އުޅުން.
- ދައުލަތާއި، ސަރުކާރާއި، އޮފީސް ބަދުނާމުވާފަދަ ކަމެއް ގާނޫނުތަކާއި ގަވާއިދުތަކާ ހުިލާފަށް ކުރުން.
- މުވައްޒަފުގެ ވަޒީފާގެ ކޮލިފިކޭށަނާ ގުޅޭގޮތުން ނުވަތަ ވަޒީފާގެ ވާޖިބު އަދާނުކުރެވޭ ގޮތަކަށް ށަރުއާީ ކޯޓަކުން މުވައްޒަފުގެ މައްޗަށް ހުކުމެއް ކަނޑައެޅުން.
- ވަޒީފާ ހޯދުމަށްޓަކައި ދޮގު މައުލޫމާތު ހުށަހަޅައިފައިވާކަމަށް ސާބިތުވުން.
- މަސްތުވާތަކެތި ބޭނުންކުރިކަން ނުވަތަ ގެންގުޅުނުކަމަށް ގާނޫނީގޮތުން އެފަދަ މައްސަލަތައް ބެލުން ހަވާލުވެފައިވާ އިދާރާއަކަށް ނުވަތަ މުއައްސަސާއަކަށް ނުވަތަ ނޭށަނަލް ޑިޒަސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ސާބިތުވުން.
- މާރާމާރީ ހިންގުން ނުވަތަ އެހެން މުވައްޒަފަކަށް އަނިޔާއެއް ވެދާފަދަ އަމަލެއް ތަކުރާރުކުރުން.
- އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ނުވަތަ ވައްކަން، ނުވަތަ ޓެކުން، ނުވަތަ ހުިޔާނާތް، ނުވަތަ މަކަރާއި ހލަތްހެދުންފަދަ ބޮޑު ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވުން.
- ހަށިގަނޑަށް ބޮޑެތި ގެއްލުން ލިބިދާނެ ފަދަ ނުރައްކައުތެރި މަސައްކަތްކުރުމުގައި ގެންގުޅެންޖެހޭ ރައްކައުތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ފަރުވާކުޑަކުރުން ނުވަތަ އިހުމާލުވުން.
- ގާނޫނާއި ގަވާއިދާ ހުިލާފަށް މައުލޫމާތު ހާމަކުރުމާއި، މައުލޫމާތު ލިބިގަތުން.
- މަސައްކަތުގެ މާހައުލުގައި ޖިންސީ ފުރައްސާރަ ކުރުން.
- ކުށުގެ ދަރަޖަ 2 ގައިވާ ކުށެއް އިސްލާހުނުވެ، އެފަދަ ކުށްތައް ތަކުރާރުވުން.
(ރ) ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އެއްވެސް މުވައްޒަފަކު އަނެއް މުވައްޒަފަކާމެދު އެއްވެސް ބާވަތެއްގެ ގޯނާކުރުމުގެ އަމަލެއް ހިންގައިގެން ނުވާނެއެވެ.
ފަސްވަނަ ބާބު
ވަޒީފާއިން ވަކިކުރުމާއި، ވަޒީފާއިން މުސްކުޅިކުރުމާއި، ޕެންށަން ދިނުން
24 ވަނަ މާއްދާ - ވަޒީފާއިން ވަކިކުރުން
(ހ) އޮތޯރިޓީގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ، ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން، އޮތޯރިޓީން އެ މީހަކަށް ފޮނުވާ ޗިޓަކުން، ތިރީގައި ބަޔާންކޮށްފައިވާ ސަބަބުތަކުގެ ތެރެއިން ކޮންމެވެސް ސަބަބަކާހުރެއެވެ.
- ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން އެ މުވައްޒަފަކު ހުރި ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ނުކުޅެދުން.
- މުވައްޒަފުގެ ވާޖިބު އަދާކުރުމުގެގޮތުން ކުރަންޖެހޭ ކަމެއް، އެކަން ކުރުމަށް ކަނޑައަޅައިފައިވާ ގޮތް ނޫން އެހެން ގޮތަކަށް އެކަން ގަސްތުގައި ކޮށްފައިވުން، ނުވަތަ އޮތޯރިޓީގެ ގަވާއިދުތަކާއި އެސް.އޯ.ޕީ.ތަކާ ހުިލާފުވެފައިވުން.
- މުވައްޒަފަކު އެ ވަޒީފާއިން ވަކިވާން އެދުން.
(ށ) މުވައްޒަފަކު ވަޒީފާއިން ވަކިކުރަންޖެހޭ ފަދަ ހާލަތަކަށް އޭނާގެ އަމަލުތައް ހިނގައްޖެނަމަ، އެ މީހެއްގެ ސުޕަވައިޒަރު ހިއުމަން ރިސޯސް މެނޭޖްމަންޓް ކޮމިޓީއަށް އެކަން ހުށަހަޅަން ވާނެއެވެ. އަދި މުވައްޒަފު ވަޒީފާއިން ވަކިކުރާނީ ހިއުމަން ރިސޯސް މެނޭޖްމަންޓް ކޮމިޓީގެ ލަފާގެ މަތިން ޗީފް އެގްޒެކެޓިވްއެވެ.
(ނ) މުވައްޒަފަކަށް ނޯޓިސް ދިނުމަށްފަހު، މި ނޯޓިސްގެ މުއްދަތުގެ ތެރޭގައި އެ މުވައްޒަފަކަށް ލިބޭ މުސާރައާއި އެހެނިހެން އާިނާޔަތްތައް ދޭންވާނެއެވެ. ނަމަވެސް ވަޒީފާއާބެހޭ ގާނޫނުގެ 23 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ނޯޓިސް ދިނުމަކާ ނުލައިވެސް މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެއެވެ.
(ރ) މުވައްޒަފަކަށް ނޯޓިސްދީފިނަމަ، ނުވަތަ ވަޒީފާއިން ވަކިކޮށްފިނަމަ، ނޯޓިސްދިން ސަބަބާއެކު ނުވަތަ ވަކިކުރި ސަބަބާއެކު އެ މުވައްޒަފަކަށް އެކަން ލިޔުމުން އަންގަންވާނެއެވެ. އަދި ނޯޓިސްދީފައިވާ މުއްދަތުގެ ތެރޭގައި އެ މުވައްޒަފަކު ވަޒީފާއަށް ނެރުމާއި ނުނެރުމުގެ އިހުުތިޔާރު، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ލިބިގެންވެއެވެ.
(ބ) މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި އިދާރީގޮތުން ގެންގުޅޭނެ އުސޫލުތައް، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ހިންގުން ބަޔާންކުރާ ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖަރސްގައި ބަޔާންކުރަން ވާނެއެވެ.
25 ވަނަ މާއްދާ - މުވައްޒަފުން އެދިގެން ވަޒީފާއިން ވަކިކުރުން
(ހ) ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފަކު ވަކިވުމަށް އެދެންވާނީ ސިޓީއަކުންނެވެ.
(ށ) މުވައްޒަފަކު ވަޒީފާއިން ވަކިވާން ބޭނުންވެއްޖެނަމަ، މަދުވެގެން 1 (އެކެއް) މަސްދުވަހުގެ މުއްދަތު، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ދޭންވާނެއެވެ. މި މުއްދަތު ހަމަވުމުގެ ކުރިން، އެ މަގާމަށް ހަމަޖައްސާނެ މީހަކު ލިބިއްޖެނަމަ، ނުވަތަ ވަކިވާން އެދިފައިވާ މުވައްޒަފާ ހަވާލުވެފައިވާ މަސައްކަތްތަކާއި، ތަކެއްޗާއި، ފައިސާއާބެހޭ ކަންތައްތައް ހުރިގޮތް ބަލައި، އެކަންކަން ނިމިއްޖެނަމަ، އެ މުއްދަތުގެ ކުރިންވެސް އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެއެވެ. ނޯޓިސް ދިން މުއްދަތުގައި އެ މުވައްޒަފަކާ ހަވާލުކޮށްފައިވާ މަސައްކަތާއި ތަކެތި ސެކްށަނުގެ ވެރިޔަކަށް ހުރި މުވައްޒަފަކު އަންގާގޮތެއްގެ މަތިން ހަވާލުކޮށް ނިމެންދެން ނުވަތަ މުވައްޒަފު ވަކިކުރިކަމުގެ ޗިޓު ލިބެންދެން އޮފީހަށް ހާޒިރުވާންވާނެއެވެ.
(ނ) މުވައްޒަފަކު ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ވަޒީފާނޫން އެހެން ވަޒީފާއަކަށް ދާން ބޭނުންވެއްޖެނަމަ، އެ ވަޒީފާއަށް އެދުމާއެކު، އެ މުވައްޒަފަކު މަސައްކަތްކުރާ ސެކްށަނުގެ ވެރިޔަކަށް އެކަން އަންގަންވާނެއެވެ. އަދި އެ މުވައްޒަފަކީ ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ބޮންޑެއް ކުރެވިފައިވާ މުވައްޒަފެއްނަމަ، އެ މުވައްޒަފަކު ދޫކުރާނެގޮތުގެ ލިޔުމެއް، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ހޯދަންވާނެއެވެ. އަދި ބޮންޑެއް ނެތް މުވައްޒަފެއްނަމަ، އޭނާ ކުރިމަތިލި ވަޒީފާއަށް ހޮވިއްޖެނަމަ، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން އޭނާ އެ ވަޒީފާއަށް ދޫކުރަންވާނެއެވެ.
(ރ) ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ހުަރަދުގައި ތައުލީމާއި ތަމްރީނު ހޯދައިފައިވާ މުވައްޒަފަކު، ހުިދުމަތްކުރަންޖެހޭ މުއްދަތު ހަމަނުވަނީސް އޭނާ އެދިގެން ވަޒީފާއިން ވަކިކުރާއިރު، އެ ތައުލީމާއި ތަމްރީނަށް ކުރި ހުަރަދާއި، އެލަވަންސެއް ދީފައިވާނަމަ އެ އެލަވަންސް، ހުިދުމަތްކުރަންޖެހޭ މުއްދަތަށް ބަހައިލުމުން ބާކީވާ މުއްދަތުގެ ފައިސާ، ބޮންޑުގެ މުއްދަތުގައި ބާކީ އޮތް ދުވަސްތަކަށް ބަހައިލައިގެން ދެއްކިދާނެއެވެ. އަދި މިގޮތަށް ބަހައިލައިގެން ފައިސާ ދެއްކުމާ ގުޅޭ އެއްބަސްވުމެއްގައި މުވައްޒަފާއެކު ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ސޮއިކުރަންވާނެއެވެ. މިގޮތަށް އެއްބަސްވެފައި ދައްކަންޖެހޭ ފައިސާ ނުދައްކައިފި ނަމަ، އެ ފައިސާ ހޯދުމަށްޓަކައި ސަރުކާރުގެ އުސޫލުތަކުގެ ތެރެއިން ށަރީއަތަށް ހުށަހަޅަންވާނެއެވެ.
(ބ) ވަޒީފާއިން ވަކިވުމަށް އެދި ސިޓީ ފޮނުވުމަށް ފަހުގައިވެސް، ވަކިކުރިކަން އެ މީހަކަށް ލިޔުމަކުން އަންގަންދެން، ގަވާއިދުން އޮފީހަށް ނުކުމެ، އެ މީހެއްގެ ވަޒީފާ އަދާކުރަމުން ގެންދަންވާނެއެވެ.
26 ވަނަ މާއްދާ - ވަޒީފާއިން މުސްކުޅިކުރުމާއި ޕެންށަން ދިނުން
(ހ) ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ވަޒީފާގައި ހުރި މުވައްޒަފަކަށް އުމުރުން
65 (ފަސްދޮޅަސް ފަހެއް) އަހަރު ވެއްޖެ ނަމަ، އެ މުވައްޒަފަކު ވަޒީފާއިން މުސްކުޅި ކުރަންވާނެއެވެ. އަދި ވަޒީފާއިން މުސްކުޅިކުރެވޭ މުވައްޒަފުންނަށް ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން އާިނާޔަތްތައް ހަމަޖައްސައިދޭން ވާނެއެވެ.
(ށ) ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ މުވައްޒަފެއްގެ އުމުރުން 55 (ފަންސާސް ފަހެއް) އަހަރުވުމުން މުވައްޒަފަކު އަމިއްލައަށް އެދިގެން ވަޒީފާއިން މުސްކުޅި ކުރެވިދާނެއެވެ.
(ނ) އަންނަނިވި ހާލަތްތަކުގައި، އުމުރުން 55 (ފަންސާސްފަހެއް) އަހަރު ވެފައިވާ މުވައްޒަފަކު ވަޒީފާއިން މުސްކުޅިކޮށް ވަކިކުރުމުގެ އިހުތިޔާރު، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ލިބިގެންވެއެވެ. އަދި އުމުރުން 55 (ފަންސާސްފަހެއް) އަހަރު ވުމުން، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ލިބިދޭ އިހުތިޔާރުގެ ދަށުން މުސްކުޅިކޮށް ވަކިކުރާ މުވައްޒަފުންނަށް ދޭ އިނާޔަތް، މި ގަވާއިދުގެ 27 ވަނަ މާއްދާގެ (ށ) ގެ ދަށުން ހަދާ އުސޫލުގައި ބަޔާންކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)
މުސްކުޅިކޮށް ވަކިކުރުމުގެ އިހުތިޔާރު، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ލިބިގެންވެއެވެ. އަދި އުމުރުން 55 (ފަންސާސްފަހެއް) އަހަރު ވުމުން، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ލިބިދޭ އިހުތިޔާރުގެ ދަށުން މުސްކުޅިކޮށް ވަކިކުރާ މުވައްޒަފުންނަށް ދޭ އިނާޔަތް، މި ގަވާއިދުގެ 27 ވަނަ މާއްދާގެ (ށ) ގެ ދަށުން ހަދާ އުސޫލުގައި ބަޔާންކުރަންވާނެއެވެ.
- މުވައްޒަފުގެ މަސައްކަތުގެ ފެންވަރު އެކަށީގެންވާ މިންވަރަށްވުރެ ދަށްވުން؛
- މުވައްޒަފުގެ ބަލިހާލު ހުރިގޮތުން ނުވަތަ ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުރުން، ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމެއް ހުރުން. ޖިސްމާނީ ނުކުޅެދުންތެރިކަމެއް ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމެއް ހުރިކަމަށް ފެންނަ ހާލަތްތަކުގައި ސިއްހީ ކަންކަމާބެހޭ ވުޒާރާގައި ރަޖިސްޓަރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު ދޫކޮށްފައިވާ ލިޔުމެއް އޮންނަންވާނެއެވެ.
- ސަރުކާރުގެ އޮނިގަނޑަށް ގެންނަ ބަދަލެއް ނުވަތަ ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ހިންގުމަށް ގެންނަ ބަދަލެއްގެ ސަބަބުން މަސައްކަތް އުނިވާ ހާލަތެއްގައި، ކުރަންޖެހޭ މަސައްކަތަށްވުރެ މަސައްކަތް ކުރަން ތިބި މުވައްޒަފުން
އިތުރުވެފައި، އެ އިތުރުވާ މުވައްޒަފުންގެ ތެރޭގައި 55 (ފަންސާސްފަހެއް) އަހަރުވެފައިވާ މުވައްޒަފަކު ހުރުން؛ - މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ބޭނުންވާ ތަމްރީނެއް ނުވަތަ ހުނަރެއް ލިބިފައި ނެތުމުގެ ސަބަބުން ވަޒީފާ އަދާނުކުރެވޭނަމަ، އެ ތަމްރީނެއް ނުވަތަ އެ ހުނަރެއް ލިބިގަތުމުގެ ފުރުސަތު، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ތަނަވަސްކޮށްދިނުމަށްފަހު، މުވައްޒަފު އެ ފުރުސަތުގެ ބޭނުން ނުހިފައިފިނަމަ، ނުވަތަ ދިން ފުރުސަތާ ގުޅިގެން ބޭނުންވާ މައުލޫމާތު ނުވަތަ ހުނަރު މުވައްޒަފަށް ލިބިފައި ނުވުން؛
- ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ނުވަތަ ނެށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ހިންގުމަށް އެދެވޭ ބަދަލެއް ގެނައުމުގެ ގޮތުން، ނުވަތަ ތަނުން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން މުވައްޒަފު ވަޒީފާއިން މުސްކުޅިކުރަން ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބޭނުންވުން.
(ރ) މި މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން މުސްކުޅިކުރުމުގެ ކުރިން، އެ މުވައްޒަފަކު ވަޒީފާއިން މުސްކުޅިކުރަން ނިންމައިފައިވާކަން، ލިޔުމުން އެ މުވައްޒަފަކަށް އަންގަންވާނެއެވެ. (އިތުރު ކުރެވިފައި)
(ބ) ނެށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ މުވައްޒަފުންނަށް ޕެންށަން ދެވޭނީ، ގާނޫނު ނަންބަރު 8/2009 (ޕެންށަނާ ބެހޭ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތީންނެވެ. (އިތުރު ކުރެވިފައި)
27 ވަނަ މާއްދާ - ވަޒީފާއިން މުސްކުޅިކުރާއިރު އެއްފަހަރާ ދޭ އާިނާޔަތް
(ހ) ސަރުކާރުގެ އާންމު އުސޫލުތަކާ އެއްގޮތަށް ވަޒީފާއިން މުސްކުޅިކުރާއިރު އެއްފަހަރާ ދޭ އާިނާޔަތްތައް މުވައްޒަފުންނަށް ހަމަޖައްސައިދޭން ވާނެއެވެ.
(ށ) ވަޒީފާއިން މުސްކުޅިކުރާއިރު އެއްފަހަރާ ދޭ އާިނާޔަތްތައް ކަނޑައަޅާނީ ދައުލަތުގެ މާލީ ވުޒާރައިގެ ހުއްދަ ލިބިގެން ހަދާ އުސޫލެއްގެ ދަށުންނެވެ.
ހަވަނަބާބު
އެހެނިހެން
28 ވަނަ މާއްދާ - ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ހިންގުން ބަޔާންކުރާ ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖަރސް (އެސް.އޯ.ޕީ)
(ހ) ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އިދާރީ ހިންގުން ބަޔާންކުރާ ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖަރސް (އެސް.އޯ.ޕީ) ބަޔާންކުރާ މެނުއަލެއް، މި ގަވާއިދު ވުޖޫދަށް އަންނަތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ފާސްކުރަންވާނެއެވެ. އެސް.އޯ.ޕީ ފާސްކުރުމަށްފަހު، ސަރކިއުރލަރއެއްގެ ގޮތުގައި ހުރިހާ މުވައްޒަފުންނަށް އަންގަންވާނެއެވެ. އަދި މި ސަރކިއުލަރ ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ވެބްސައިޓުގައި ށާއިއު ކުރަންވާނެއެވެ.
(ށ) އެސް.އޯ.ޕީ.ގައި، އޮތޯރިޓީގެ އިދާރީ ހިންގުމާއި ހިއުމަން ރިސޯސަސް މެނޭޖްމަންޓާ ގުޅުންހުރި ހުރިހާ ކަމެއް ތަފުސީލުކޮށް ބަޔާންކޮށްފައި ހުންނަންވާނެއެވެ. އޭގެ ތެރޭގައި ތިރީގައިވާ ކަންކަން ހިމެނެންވާނެއެވެ.
- މި ގަވާއިދުގެ ދަށުން ހަދަންޖެހޭ އިދާރީ އިޖުރާއަތްތަކާއި، ހިއުމަން ރިސޯސް އިޖުރާއަތްތައް.
- މުވައްޒަފުންގެ ޕަރސަނަލް ފައިލް ބެލެހެއްޓުން.
- ފޯނު އެލަވަންސް.
- މަސައްކަތު ގަޑި.
- ރަށުން ބޭރަށް ދިޔުމާއި، ރަސްމީގަޑީގައި ބޭރަށް ދިއުން.
- ގަޑި ޖެހުން.
- ގީުދުރަތީގޮތުން ދިމާވާ ކަމެއްގެ ސަބަބުން މުވައްޒަފުން ގަޑި ނުޖެހޭ ގޮތަށް ހަމަޖެއްސުން.
- މަސައްކަތުގައި އުޅޭއިރު ހެދުން ބަހައްޓަންވީ ގޮތް.
- ޕަރފޯމަންސް އެޕްރައިޒަލް ހެދުމާއި، ރިކޯޑް ބެލެހެއްޓުން.
- ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވުމާއި، ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ސަބަބުން ހުިދުމަތްކުރަންޖެހޭ މުއްދަތު ކަނޑައެޅުން.
- އަތޮޅުތަކަށް ކުރާ ރަސްމީ ދަތުރުތަކުގައި ކެއުމުގެ ހުަރަދާއި ދަތުރު އެލަވަންސް ދިނުން.
- ސަލާމް ބުނުން.
- އަހަރީ ޗުއްޓީ.
- ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ.
- ބަލިވެއިނުމާ ގުޅިގެން ދޭ ޗުއްޓީ.
- ހައްޖު ޗުއްޓީ.
- ދަރިފުޅު ހުިތާނުކުރުމާ ގުޅިގެން ދޭ ޗުއްޓީ.
- އާއިލީ ޒިންމާގެ ޗުއްޓީ.
- މުސާރަ ނުލިބޭ ޗުއްޓީ.
- ފައިސާގެ ހިސާބުތައް ބެލެހެއްޓުމާއި ހުަރަދު ކުރުން.
- ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އިދާރާ ހުޅުވައި ލެއްޕުން.
- އިދާރީ ހިންގުމާ ގުޅުންހުރި މިނޫންވެސް އެހެނިހެން ކަންކަން.
(ނ) އެސް.އޯ.ޕީ ލިޔެފައި އޮންނަންވާނީ ދިވެހިބަހުންނެވެ.
29 ވަނަ މާއްދާ - މި ގަވާއިދުގައި ނުހިމެނޭ ކަމެއް ދިމާވުން
ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ "މުވައްޒަފުންގެ ގަވާއިދު " ގައި ނުހިމެނޭ ކަމެއް ދިމާވެއްޖެ ނަމަ، ނުވަތަ ގަވާއިދުގައި ހިމެނިފައިވާ ކަމެއް މާނަކުރުމުގައި އޮޅުމެއް އަރައިފި ނަމަ، ނުވަތަ ހުިޔާލު ތަފާތު ވުމެއް އުފެދިއްޖެ ނަމަ، އެ ކަމެއް ނިންމާނީ، ހިއުމަން ރިސޯސް މެނޭޖްމަންޓް ކޮމިޓީގެ ލަފާގެ މަތިން ޗީފް އެގްޒެކެޓިވްއެވެ.
30 ވަނަ މާއްދާ - މާނަ ކުރުން
މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނަށް ގޯނާކުރުމަކީ، ތަފާތު ގޮތްގޮތުން އެހެން މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް ކުރާ އަމަލެއްގެ ސަބަބުން މުވައްޒަފަށް ނޭދެވޭ އަސަރެއް ކުރިމަތި ކުރުވުމެވެ.
މައި ގަވާއިދު
ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ މުވައްޒަފުންގެ ގަވާއިދު (ގަވާއިދު ނަންބަރު 1079/2019)
މި ގަވާއިދަށް ގެނެވުނު އިސްލާހު
މައި ގާނޫނު
ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނު (ގާނޫނު ނަންބަރު 28/2015)
ކިޔުންތެރިންގެ ހިޔާލު