-

ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ މުވައްޒަފުންގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1079) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-55)

ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ މުވައްޒަފުންގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1079) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 26 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހު ކުރުން.

މުސްކުޅި ކުރުމާއި ޕެންށަން ދިނުން 26.

(ނ) އަންނަނިވި ހާލަތްތަކުގައި، އުމުރުން 55 (ފަންސާސްފަހެއް) އަހަރު ވެފައިވާ މުވައްޒަފަކު ވަޒީފާއިން މުސްކުޅިކޮށް ވަކިކުރުމުގެ އިހުތިޔާރު، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ލިބިގެންވެއެވެ. އަދި އުމުރުން 55 (ފަންސާސްފަހެއް) އަހަރު ވުމުން، ނޭށަނަލް  ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ލިބިދޭ އިހުތިޔާރުގެ ދަށުން މުސްކުޅިކޮށް ވަކިކުރާ މުވައްޒަފުންނަށް ދޭ އިނާޔަތް، މި ގަވާއިދުގެ 27 ވަނަ މާއްދާގެ (ށ) ގެ ދަށުން ހަދާ އުސޫލުގައި ބަޔާންކުރަންވާނެއެވެ.

  1. މުވައްޒަފުގެ މަސައްކަތުގެ ފެންވަރު އެކަށީގެންވާ މިންވަރަށްވުރެ ދަށްވުން؛
  2. މުވައްޒަފުގެ ބަލިހާލު ހުރިގޮތުން ނުވަތަ ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުރުން، ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމެއް ހުރުން. ޖިސްމާނީ ނުކުޅެދުންތެރިކަމެއް ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމެއް ހުރިކަމަށް ފެންނަ ހާލަތްތަކުގައި ސިއްހީ ކަންކަމާބެހޭ ވުޒާރާގައި ރަޖިސްޓަރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު ދޫކޮށްފައިވާ ލިޔުމެއް  އޮންނަންވާނެއެވެ.
  3. ސަރުކާރުގެ އޮނިގަނޑަށް ގެންނަ ބަދަލެއް ނުވަތަ ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ހިންގުމަށް ގެންނަ ބަދަލެއްގެ ސަބަބުން މަސައްކަތް އުނިވާ ހާލަތެއްގައި، ކުރަންޖެހޭ މަސައްކަތަށްވުރެ މަސައްކަތް ކުރަން ތިބި މުވައްޒަފުން 
    އިތުރުވެފައި، އެ އިތުރުވާ މުވައްޒަފުންގެ ތެރޭގައި 55 (ފަންސާސްފަހެއް) އަހަރުވެފައިވާ މުވައްޒަފަކު ހުރުން؛
  4. މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ބޭނުންވާ ތަމްރީނެއް ނުވަތަ ހުނަރެއް ލިބިފައި ނެތުމުގެ ސަބަބުން ވަޒީފާ އަދާނުކުރެވޭނަމަ، އެ ތަމްރީނެއް ނުވަތަ އެ ހުނަރެއް ލިބިގަތުމުގެ ފުރުސަތު، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ތަނަވަސްކޮށްދިނުމަށްފަހު، މުވައްޒަފު އެ ފުރުސަތުގެ ބޭނުން ނުހިފައިފިނަމަ، ނުވަތަ ދިން ފުރުސަތާ ގުޅިގެން ބޭނުންވާ މައުލޫމާތު ނުވަތަ ހުނަރު މުވައްޒަފަށް ލިބިފައި ނުވުން؛
  5. ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ނުވަތަ ނެށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ހިންގުމަށް އެދެވޭ ބަދަލެއް ގެނައުމުގެ ގޮތުން، ނުވަތަ ތަނުން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން މުވައްޒަފު ވަޒީފާއިން މުސްކުޅިކުރަން ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބޭނުންވުން.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 26 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް (ރ) އާއި (ބ) ގެ ގޮތުގައި ދެ އަކުރު އިތުރުކުރުން.

26(ރ). މި މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން މުސްކުޅިކުރުމުގެ ކުރިން، އެ މުވައްޒަފަކު ވަޒީފާއިން މުސްކުޅިކުރަން ނިންމައިފައިވާކަން، ލިޔުމުން އެ މުވައްޒަފަކަށް އަންގަންވާނެއެވެ.

(ބ) ނެށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ މުވައްޒަފުންނަށް ޕެންށަން ދެވޭނީ، ގާނޫނު ނަންބަރު 2009-08 (ޕެންށަނާ ބެހޭ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތީންނެވެ.

 

3 ވަނަ މާއްދާ - މި ގަވާއިދަށް އަމަލު ކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ މުވައްޒަފުންގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1079)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ މުވައްޒަފުންގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2019-1079)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު