ގައުމީ ޔުނިވަރސިޓީގެ ގާނޫނު (ކޮންސޮލިޑޭޓެޑް)
(ކޮންސޮލިޑޭޓެޑް ނަންބަރު 2011-03)
(1ވަނަ، 2ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)
1 ތައާރުފާއި ނަން
(ހ) މިއީ "ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ" ގެ ނަމުގައި ޔުނިވަރސިޓީއެއް އުފައްދައި، އެ ޔުނިވަރސިޓީގެ މަގްސަދުތަކާއި، މަސްއޫލިއްޔަތުތަކާއި، ބާރުތައް އެކަށައަޅައި، އެކަންކަމާގުޅޭ އުސޫލުތައް ބަޔާންކުރާ ގާނޫނެވެ.
(ށ) މި ގާނޫނަށް ކިޔާނީ "ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ގާނޫނު" އެވެ.
ޗެޕްޓަރ 1
އާންމުބައި
2 ވަނަ މާއްދާ - ޔުނިވަރސިޓީ އުފެއްދުން
(ހ) މި ގާނޫނަށް އަމަލުކުރަންފަށާ ދުވަހުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި "ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ" ގެ ނަމުގައި ޔުނިވަރސިޓީއެއް ގާއިމުކުރެވޭނެއެވެ. މި ގާނޫނު ފާސްކުރެވޭއިރު، މިނިސްޓްރީ އޮފް އެޑިޔުކޭށަންގެ ދަށުން ހިނގަމުން އައި "މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭށަން" މި ގާނޫނުގެ ދަށުން ޔުނިވަރސިޓީގެ ބަޔަކަށް ވާނެއެވެ. އެހެންނަމަވެސް، 5 އެޕްރީލް 2010 އިން ފެށިގެން މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭށަންގެ ދަށަށް ބަދަލުކުރެއްވި ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާއާއި އެ ކުއްލިއްޔާގެ މަސައްކަތްތައް އެއީ، މި ގާނޫނުގެ ދަށުން އުފެދޭ ޔުނިވަރސިޓީގެ ބައެއްކަމުގައެއް ނުހިމެނޭނެއެވެ.
(ށ) ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާ، އިސްލާމީ ޔުނިވަރސިޓީއަކަށް ބަދަލުވަންދެން ނުވަތަ ގާނޫނީގޮތުން މުސްތަގިއްލު ތަނަކަށް ވަންދެން އެ ކުއްލިއްޔާ އުވާނުލައި ވަކި މުއައްސަސާއެއްގެ ގޮތުގައި ދަމަހައްޓަންވާނެއެވެ.
(ނ) މި ގާނޫނުގެ ދަށުން އުފައްދާ ޔުނިވަރސިޓީގެ ނަމަކީ "ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ" އެވެ. ޔުނިވަރސިޓީއަށް އިނގިރޭސި ބަހުން ކިޔާނީ، "ދަ މޯލްޑިވްސް ނެށަނަލް ޔުނިވަރސިޓީ" އެވެ.
3 ވަނަ މާއްދާ - ގާނޫނީ ހައިސިއްޔަތު
(ހ) ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއަކީ ދިވެހި ދައުލަތުގެ ޔުނިވަރސިޓީއެކެވެ.
(ށ) ޔުނިވަރސިޓީއަކީ، މި ގާނޫނުގައިވާ ގޮތުގެމަތިން، އަމިއްލަ ނަމުގައި ދައުވާ ކުރުމާއި، ދައުވާ ލިބިގަތުމާއި، އުފުލޭ މުދަލާއި، ނުއުފުލޭ މުދާ ގާނޫނު ހުއްދަކުރާ ގޮތެއްގެމަތިން، ހޯދުމާއި، ލިބިގަތުމާއި، ދެމިގެންވާގޮތަށް މުދާލިބިގަތުމާއި، މިކަންކަމުގެ ހައްގު ލިބިގެންވާ، އަމިއްލަ ނަމުގައި މުއާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މިނިވަން ގާނޫނީ ށަހުސެކެވެ.
(ނ) ޔުނިވަރސިޓީގެ ސިއްކަ ރައްކާތެރިކޮށް، ބަލަހައްޓައި ބޭނުންކުރަންވާނީ ޔުނިވަރސިޓީ ކައުންސިލުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށެވެ.
(ރ) ޔުނިވަރސިޓީގެ ކަންތައްތަކުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ ކައުންސިލްގެ ރައީސެވެ.
4 ވަނަ މާއްދާ - ޔުނިވަރސިޓީގެ މަގްސަދުތައް
(ހ) ޔުނިވަރސިޓީގެ މަގްސަދަކީ ދިވެހިރާއްޖެ ފުރިހަމަ މިނިވަން އިސްލާމީ ގައުމެއްގެ ގޮތުގައި އަބަދަށް ދަމަހައްޓަން ބޭނުންވާ، އަދި ގައުމުގެ ސަގާފީ، އިޖްތިމާއީ، އިގްތިސާދީ ތަރައްގީއަށާއި، ފަރުދުންގެ ކުރިއެރުމަށް ބޭނުންވާ އިލްމާއި ހުނަރު އުފައްދައި، ހޯދައި، ރައްކާތެރިކޮށް، ފެތުރުމެވެ.
(ށ) ޔުނިވަރސިޓީގެ ހާއްސަ މަގްސަދުތައް ތިރީގައި އެވަނީއެވެ.
- އާންމުކޮށް، އިލްމާއި ހުނަރު އިތުރުކޮށް ފުޅާކުރުން.
- ރާއްޖޭގެ ކުރިއެރުމަށް ބޭނުންވާ ދާއިރާތަކުންނާއި، މަތީ ތައުލީމުން މަންފާކުރާނެގޮތަކަށް ކައުންސިލުން ކަނޑައަޅާ އުސޫލެއްގެ މަތިން، ސާނަވީ ތައުލީމު ހާސިލްކޮށްފައިވާ މީހުންނަށާއި ނުވަތަ އެ ފެންވަރުގެ މީހުންނަށް ބޭނުންވާ މަތީ ތައުލީމާއި ތަމްރީނު ދިނުން.
- އިލްމީ އަދި ސައިންޓިފިކް ތަހްގީގާއި، ދިރާސާކުރުމާއި، މިފަދަ ހަރަކާތްތަކުގެ ނަތީޖާތައް، ގައުމީ އަދި ބައިނަލްއަގްވާމީ މުޖްތަމައުގެ މަންފާއަށްޓަކައި ށާއިއުކުރުން.
- ޔުނިވަރސިޓީއިން ކިޔަވައިދޭ ކޯސްތަކާއި، ލިބިދޭ ތަމްރީނާއި، ތައުލީމާ ގުޅިގެން ބެޗެލަރސް، މާސްޓަރސް، އަދި ޑޮކްޓޯރަލް ޑިގްރީއާއި، އެ ނޫން ސަނަދުތަކާއި އެވޯޑުތައް ދިނުން.
- ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތައުލީމީ މަރުކަޒުތަކާއެކު އެއްބާރުލުމުގެ ގުޅުންތައް ގާއިމުކުރުން.
- ޔުނިވަރސިޓީގެ މަގްސަދުތައް ހާސިލްކުރުމަށްޓަކައި ޔުނިވަރސިޓީގެ ވަސީލަތްތައް ތަރައްގީކޮށް، އިތުރު ވަސީލަތްތައް ހޯދުން.
- ޔުނިވަރސިޓީގެ އެންމެހައި ވަސީލަތްތައް، ޔުނިވަރސިޓީގެ މަރުކަޒުތަކުގެ މެދުގައި އެންމެ ހެޔޮގޮތުގައި ބޭނުންކުރުން.
- އިސްލާމީ އަދި ދިވެހި އާދަކާދަތަކާއި، އަދަބުތައް ކުރިއަރުވައި ފެތުރުން.
- އިސްލާމީ ށަރީއަތާއި، ދިވެހިރާއްޖޭގެ ގާނޫނުތަކާ ހިލާފުނުވާ ގޮތެއްގެމަތިން، މަތީގައި ބަޔާންކޮށްފައިވާ މަގްސަދުތައް ހާސިލްކުރުމަށް އެހީވެދޭ ކޮންމެ ކަމެއްކުރުން.
5 ވަނަ މާއްދާ - ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް އަމަލުކުރުން (އިތުރު ކުރެވިފައި)
ޔުނިވަރސިޓީގެ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރަންވާނީ އަދި ޔުނިވަރސިޓީގެ ބާރުތައް ބޭނުންކުރަންވާނީ، މަތީ ތައުލީމާބެހޭ ގައުމީ މަޖިލީހުން ނުވަތަ މަތީ ތައުލީމާބެހޭ ކަންތައްތަކަށް ޒިންމާވާ ވަޒީރު ކަނޑައަޅާ މައިގަނޑު ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
6 ވަނަ މާއްދާ - ޔުނިވަރސިޓީގެ ބާރުތައް
މި ގާނޫނުގެ ދަށުން ޔުނިވަރސިޓީއަށް އަންނަނިވި ބާރުތައް ލިބިގެންވެއެވެ.
(ހ) ޔުނިވަރސިޓީގެ މަގްސަދުތައް ހާސިލްކުރުމަށްޓަކައި އިސްލާމީ ށަރީއަތާއި ދިވެހިރާއްޖޭގެ ގާނޫނުތަކާ ހިލާފުނުވާ ގޮތެއްގެމަތިން، ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމުގެ ބާރާއި އިހްތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ބާރުތަކުގެ ތެރޭގައި އަންނަނިވި ކަންތައްތަކާއި އެނޫންވެސް އެފަދަ ކަންތައްތައް ހިމެނިގެންވެއެވެ.
- ގަތުމާއި، ކުއްޔަށް ހިފުމާއި، ނުވަތަ އެހެން ގޮތަކުން ނަމަވެސް، މުދަލެއް ލިބިގަތުމާއި، ވިއްކުމާއި، ކުއްޔަށް ދިނުމާއި، ނުވަތަ އެނޫން ގޮތަކުން ނަމަވެސް، މުދަލެއް ދޫކޮށްލުން.
- އިލްމީ އަދި ސައިންޓިފިކް ހޯދުންތަކާއި، އީޖާދުތަކާއި، އާ އުފެއްދުންތަކާއި، މުދާ، ވިޔަފާރީގެ އުސޫލުން ތަރައްގީކުރުން.
- ޔުނިވަރސިޓީގެ ފަރާތުން އެހެން ފަރާތްތަކަށް ކޮށްދޭ މަސައްކަތަށާއި، ދެވޭ ހިދުމަތްތަކަށާއި، ފޯރުކޮށްދެވޭ މައުލޫމާތަށާއި، މުދަލަށް ބަދަލު ނުވަތަ އަގު ހޯދުން.
- ޔުނިވަރސިޓީގެ މަގްސަދުތައް ހާސިލްކުރުމަށް މަގުފަހިވާ ގޮތެއްގެމަތިން، ކުންފުނި އުފެއްދުމާއި، އެހެން ފަރާތަކާ އެކުވެގެން ކުންފުނި އުފެއްދުމުގައި ބައިވެރިވުން.
- ސެކިއުރިޓީސްއަށް އިށްތިރާކު ދިނުމާއި ގަތުން.
- އެކަޑެމިކް ޕާރޓްނަރށިޕް އުފެއްދުން.
- ގުޅިގެން ހިންގޭ، ޔުނިވަރސިޓީގެ މަގްސަދުތައް ހާސިލްކުރުމަށް އެހީވެދޭ ވިޔަފާރިއާއި ފައިދާ ބެހޭފަދަ ކަންކަމުގައި ބައިވެރިވުން.
- އަގުދުތައްކުރުން.
- އިމާރާތްތައް ބިނާކުރުން.
- ޔުނިވަރސިޓީގެ މިލްކިއްޔާތުގެ ތެރޭގައި ހިމެނޭ މުދަލާއި، ބިންތަކާއި، އިމާރާތްތައް ބޭނުންކޮށް އަދި އެއަށް އަމުރު ހިންގުން.
- މުވައްޒަފުން ލެއްވުމާއި ވަޒީފާއިން ވަކިކުރުން.
- ޔުނިވަރސިޓީގެ ފައިސާއިން ވިޔަފާރިކުރުމާއި، ވިޔަފާރި ހުއްޓާލުން.
- އިލްމީ އަދި ސައިންޓިފިކް ދިރާސާކުރުން.
- ދަރިވަރުންނަށް ފައިސާގެ އެހީއާއި ލޯނު ދިނުން.
- ސްކޯލަރށިޕް ދިނުމާއި ފެލޯށިޕް ދިނުން.
- ހަދިޔާއާއި، އިނާޔަތާއި، ވަސިއްޔަތް ގަބޫލުކުރުން.
- ޔުނިވަރސިޓީއަށް ވަގުފްކުރެވިފައިވާ މުދާ ބެލެހެއްޓުން.
- މި ގާނޫނުން ނުވަތަ އެހެން ގާނޫނަކުން ޔުނިވަރސިޓީއަށް ކުރުމުގެ އިހްތިޔާރު ދެވިފައިވާ އެހެނިހެން ކަންތައްތައް ކުރުން.
- ޔުނިވަރސިޓީއަށް ލިބިގެންވާ ބާރުތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން.
(ނ) ޔުނިވަރސިޓީއަށް ވަގުފް ނުވަތަ ޓްރަސްޓްގެ ގޮތުގައި ލިބިފައިވާ މުދަލާމެދު އަމަލުކުރެވޭނީ، އެ ވަގުފް ނުވަތަ ޓްރަސްޓް ބަލަހައްޓާ ފަރާތުގެ ހައިސިއްޔަތުން ޔުނިވަރސިޓީއަށް ލިބިފައިވާ ބާރާއި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ރ) ޔުނިވަރސިޓީއަށް ލިބިގެންވާ ބާރުތައް ބޭރު ގައުމެއްގައިވެސް އެ ގައުމެއްގެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ހިންގިދާނެއެވެ.
7 ވަނަ މާއްދާ - ޔުނިވަރސިޓީ އެކުލެވިގެންވާގޮތް
ޔުނިވަރސިޓީ އެކުލެވިގެންވަނީ، އަންނަނިވި ބައިތަކުގެ މައްޗަށެވެ.
(ހ) ޔުނިވަރސިޓީ ކައުންސިލް.
(ށ) އެކަޑެމިކް ސެނެޓް.
(ނ) އިދާރީ އަދި ތައުލީމީ ގޮތުން ޔުނިވަރސިޓީ ހިންގުމަށްޓަކައި ކައުންސިލުން އުފައްދާ ކޮލެޖްއާއި، ފެކަލްޓީއާއި، ސެންޓަރާއި، ސްކޫލާއި، ޑިވިޒަނާއި، އިންސްޓިޓިއުޓް ފަދަ ތަންތަން.
(ރ) ކައުންސިލުން ކަނޑައަޅާ ޔުނިވަރސިޓީގެ ފަންނީ އަދި އެހެނިހެން މުވައްޒަފުން.
(ބ) ކައުންސިލުން ކަނޑައަޅާ ކުރިއާއި މިހާރުގެ ދަރިވަރުން.
ޗެޕްޓަރ 2
ޔުނިވަރސިޓީ ކައުންސިލް
8 ވަނަ މާއްދާ - ޔުނިވަރސިޓީ ކައުންސިލް
ޔުނިވަރސިޓީ ކައުންސިލަކީ ޔުނިވަރސިޓީ ހިންގާ އެންމެ އިސް ފަރާތެވެ.
9 ވަނަ މާއްދާ - ޔުނިވަރސިޓީ ކައުންސިލަށް ލިބިގެންވާ ބާރުތައް
(ހ) މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އަދި މަތީ ތައުލީމާބެހޭ ގައުމީ މަޖިލީހުން ނުވަތަ މަތީ ތައުލީމާބެހޭ ކަންތައްތަކަށް ޒިންމާވާ ވަޒީރު ކަނޑައަޅާ މައިގަނޑު ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިން، އަންނަނިވި ކަންތައްތައް ކުރުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ. (އިސްލާހު ކުރެވިފައި)
- ޔުނިވަރސިޓީ ހިންގުމާއި ކޮންޓްރޯލް ކުރުން.
- ޔުނިވަރސިޓީގެ ޒިންމާ އުފުލަންޖެހޭ މަގާމުތަކަށް ޔުނިވަރސިޓީގެ މުވައްޒަފުން ނުވަތަ އެހެން ފަރާތްތައް އައްޔަންކުރުން.
- އިދާރީ އަދި ތައުލީމީ މަގްސަދުތައް ހާސިލްކުރުމަށްޓަކައި ކޮލެޖްއާއި، ފެކަލްޓީއާއި، ސެންޓަރާއި، ސްކޫލާއި، ޑިވިޒަނާއި، އިންސްޓިޓިއުޓް ފަދަ ތަންތަން އުފެއްދުމާއި އުވައިލުން.
- ޔުނިވަރސިޓީގެ މާލީ ކަންތައްތައް ހިންގައި ކޮންޓްރޯލް ކުރުން.
(ށ) ޔުނިވަރސިޓީއާގުޅޭ ހުރިހާ ކަމެއްގައި ކައުންސިލުން ހަރަކާތްތެރި ވާންޖެހޭނީ ކައުންސިލަށް ފެންނަގޮތުގައި ޔުނިވަރސިޓީގެ މަސްލަހަތު އެންމެ ބޮޑަށް ކުރިއެރުވޭނޭ ގޮތަށެވެ.
10 ވަނަ މާއްދާ - ކައުންސިލްގެ ބާރުތައް އެހެން ފަރާތަކަށް ހަވާލުކުރުން
(ހ) މި މާއްދާގެ (ށ) ގައި ބުނާ ކަންކަން ފިޔަވައި އެހެން ކަންކަން ކައުންސިލްގެ މެންބަރަކަށް ނުވަތަ ޔުނިވަރސިޓީގެ މުވައްޒަފަކަށް ހަވާލު ކުރެވިދާނެއެވެ. ނަމަވެސް، މިގޮތަށް ހަވާލުކުރެވޭ ކަންކަމުގައިވެސް ޒިންމާދާރު ފަރާތަކީ ކައުންސިލެވެ.
(ށ) އަންނަނިވި ކަންކަން، ކައުންސިލުން އެހެން ފަރާތަކަށް ހަވާލެއް ނުކުރެވޭނެއެވެ.
- ޑެޕިއުޓީ ވައިސް ޗާންސެލަރުން އައްޔަންކުރުން. (އިސްލާހު ކުރެވިފައި)
- ޔުނިވަރސިޓީގެ ސްޓްރެޓެޖިކް ޕްލޭނާއި ބަޖެޓް ފާސްކުރުން.
- ޔުނިވަރސިޓީގެ އަހަރީ ރިޕޯޓް ފާސްކުރުން.
- ޔުނިވަރސިޓީގެ ހިންގުން މުރާޖައާ ކުރުން.
- ޔުނިވަރސިޓީގެ ނުވަތަ ޔުނިވަރސިޓީއިން ކޮންޓްރޯލް ކުރާ ތަނެއްގެ ވިޔަފާރީގެ މުއާމަލާތްތަކުގެ ތެރެއިން ޔުނިވަރސިޓީގެ މާލިއްޔަތަށާއި ހަރަކާތްތަކަށް ބޮޑު ގެއްލުމެއް ނުވަތަ ނޭދެވޭ އަސަރެއްކޮށްފާނެ ފަދަ މުއާމަލާތްތައް ބެލެހެއްޓުން.
- ވަރސިޓީގެ ނުއުފުލޭ މުދާ އެއްވެސް ސިފައެއްގައި ދޫކޮށްލުން.
(ނ) މި މާއްދާގެ ދަށުން އެހެން ފަރާތަކަށް ހަވާލުކުރެވިފައިވާ ބާރެއް ކައުންސިލަށް އަނބުރާ ގެނެވިދާނެއެވެ.
11 ވަނަ މާއްދާ - ކައުންސިލްގެ މެންބަރުން (އިސްލާހު1، / އިސްލާހު2 ކުރެވިފައި)
ކަައުންސިލް އެކުލެވިގެންވަނީ، އަންނަނިވި ފަރާތްތަކުގެ މައްޗަށެވެ.
(ހ) ގަގާމުގެ ހައިސިއްޔަތުން ހިމެނޭ 2 (ދޭއް) މެންބަރުން؛
(ށ) ކައުންސިލުން ހުށަހަޅާ، މަދުވެގެން 16 (ސޯޅަ) މީހުންގެ ލިސްޓަކުން، މަތީ ތައުލީމާބެހޭ ކަންތައްތަކަށް ޒިންމާވާ ވަޒީރު އައްޔަންކުރާ 8 (އަށެއް) މެންބަރުން؛
(ނ) އިންތިހާބުކުރާ 8 (އަށެއް) މެންބަރުން؛
(ރ) ކައުންސިލަށް ފެނިއްޖެ ހިނދެއްގައި ކައުންސިލުން ކަނޑައަޅާ މުއްދަތަކަށް ކައުންސިލުން އައްޔަންކުރާ އެކަކު.
12 ވަނަ މާއްދާ - ކައުންސިލްގެ މެންބަރުންގެ ށަރުތު
ކައުންސިލްގެ މެންބަރުކަމަށް އައްޔަންކުރެވޭ މީހެއްގައި އަންނަނިވި ށަރުތުތައް ފުރިހަމަ ވާންވާނެއެވެ.
(ހ) އުމުރުން 18 އަހަރު ފުރިފައިވުން.
(ށ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން. (އިސްލާހު ކުރެވިފައި)
(ނ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، މި ގާނޫނުގެ 13 ވަނަ މާއްދާގެ (ކ) ގައިވާ މެންބަރުގެ އުމުރު، މި މާއްދާގެ (ހ) ގައިވާ އުމުރަށްވުން ލާޒިމެއްނޫނެވެ.
(ރ) މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައިވުން.
(ބ) ބުއްދިހަމައަށްހުރި މީހަކު ކަމުގައިވުން.
(ޅ) (އުނި ކުރެވިފައި)
(ޅ) ޔުނިވަރސިޓީގެ ކައުންސިލްގެ މެންބަރުކަމުގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ އިލްމީ ފެންވަރާއި ލަޔާގަތު އަދި މަސައްކަތުގެ އަހްލާގު ހުރި މީހަކު ކަމުގައިވުން؛ (އިތުރު ކުރެވިފައި)
(ކ) ސިޔާސީ ޕާޓީއެއްގެ މަގާމެއްގައި ހުރި މީހަކު ކަމުގައި ނުވުން؛ (އިތުރު ކުރެވިފައި)
(އ) އިފްލާސްކުރެވިފައިވާ މީހަކު ކަމުގައި ނުވުން. (އިތުރު ކުރެވިފައި)
13 ވަނަ މާއްދާ - މަގާމުގެ ހައިސިއްޔަތުން ހިމެނޭ މެންބަރުން (އިސްލާހު ކުރެވިފައި)
މަގާމުގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ އަންނަނިވި މެންބަރުން ކައުންސިލްގައި ހިމެނޭނެއެވެ.
(ހ) ޔުނިވަރސިޓީގެ ޗާންސެލަރ؛
(ށ) ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ؛
14 ވަނަ މާއްދާ - އިންތިހާބުކުރާ މެންބަރުން (އިސްލާހު1 / އިސްލާހު2 ކުރެވިފައި)
އަަންނަނިވި މެންބަރުންނަކީ، ޔުނިވަރސިޓީ ކައުންސިލަށް އިންތިހާބުކުރާ މެންބަރުންނެވެ.
(ހ) ޑެޕިއުޓީ ވައިސް ޗާންސެލަރުންނާއި ޕްރޯ ވައިސް ޗާންސެލަރުންގެ ތެރެއިން އިންތިހާބުކުރާ އެކަކު؛
(ށ) ޔުނިވަރސިޓީގެ އެކަޑެމިކް ސެނެޓުން އިންތިހާބުކުރާ 1 ( އެކެއް) ސެނެޓް މެންބަރު؛
(ނ) ފެކަލްޓީތަކުގެ ޑީނުންގެ ތެރެއިންނާއި މަރުކަޒުތައް ހިންގާ އެންމެ އިސްވެރިންގެ ތެރެއިން އިންތިހާބުކުރާ އެކަކު ؛
(ރ) މި ގާނޫނުގެ 13 ވަނަ މާއްދާގައި ބުނެފައިވާ މީހުންނާއި، ޑެޕިއުޓީ ވައިސް ޗާންސެލަރުންނާއި ޕްރޯ ވައިސް ޗާންސެލަރުންނާއި، ކޮލެޖް، ފެކަލްޓީ، ސެންޓަރުތައް ފަދަ ތަންތަނުގެ އިސްވެރިން ފިޔަވައި، ކިޔަވައިދޭ އެހެން މީހުންގެ ތެރެއިން އިންތިހާބުކުރާ 2 (ދޭއް) މީހުން؛
(ބ) ޔުނިވަރސިޓީގެ އިދާރީ މުވައްޒަފުންގެ ތެރެއިން އިންތިހާބުކުރާ އެކަކު؛
(ޅ) ޔުނިވަރސިޓީގެ އެލަމްނައިގެ ތެރެއިން އިންތިހާބުކުރާ އެކަކު؛
(ކ) ޔުނިވަރސިޓީގެ އިދާރީ މަސައްކަތުގައި ނުވަތަ ކިޔަވައިދިނުމުގައި ބައިވެރިނުވާ ދަރިވަރުންގެ ތެރެއިން އިންތިހާބުކުރާ އެކަކު.
15 ވަނަ މާއްދާ - ޔުނިވަރސިޓީ ކައުންސިލްގެ މަސްއޫލިއްޔަތުތައް
ޔުނިވަރސިޓީ ކައުންސިލްގެ މަސްއޫލިއްޔަތުތައް އަދާކުރަންވާނީ މަތީ ތައުލީމާބެހޭ ގައުމީ މަޖިލީހުން ނުވަތަ މަތީ ތައުލީމާބެހޭ ކަންތައްތަކަށް ޒިންމާވާ ވަޒީރު ކަނޑައަޅާ މައިގަނޑު ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. ޔުނިވަރސިޓީގެ ކައުންސިލްގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ. (އިސްލާހު ކުރެވިފައި)
(ހ) ޔުނިވަރސިޓީގެ މަގްސަދުތައް ހާސިލްކުރުމަށްޓަކައި ޔުނިވަރސިޓީގެ ކަންތައްތައް ރާވައި، ފަރުމާކޮށް ސިޔާސަތުތައް ކަނޑައެޅުން.
(ށ) އެކިއެކި ކޯސްތައް ހިންގައި، ޑިޕްލޮމާ، ބެޗްލަރ، މާސްޓަރ، އަދި ޑޮކްޓޯރަލް ޑިގްރީއާއި، އެނޫން ސަނަދުތަކާއި، ސެޓްފިކެޓްތަކާއި، އެވޯޑްތައް ދިނުން.
(ނ) ޔުނިވަރސިޓީއަށް މުވައްޒަފުން ލެއްވުމާއި ވަކިކުރުން.
(ރ) ޔުނިވަރސިޓީގެ ގޮފިތައް ޔުނިވަރސިޓީގެ ތެރޭގައި ނުވަތަ އެހެން ސަރަހައްދެއްގައި ގާއިމުކުރުން.
(ބ) ޔުނިވަރސިޓީގެ ބަޖެޓު ރާވައި ބެލެހެއްޓުން.
(ޅ) ޔުނިވަރސިޓީގެ މަގްސަދުތައް ހާސިލްކުރުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގުން.
(ކ) ފީތަކާއި، އަގުތަކާއި، ޖޫރިމަނާތައް ކަނޑައެޅުމާއި، ދަރިވަރުންނަށް ފައިސާގެ އެހީއާއި، ލޯނު ދިނުން.
(އ) ޔުނިވަރސިޓީގެ އީޖާދުތަކާއި، އުފެއްދުންތަކާއި، ހޯދުންތައް ވިޔަފާރިއަށްޓަކައި ތަރައްގީކުރުން.
(ވ) ޔުނިވަރސިޓީގެ ކަންތައްތައް ރޭވުމަށާއި، ހިންގުމަށާއި، ދިރާސާކުރުމަށް ކޮމިޓީތަކާއި، ބޯޑުތައް އުފެއްދުން.
(މ) ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތައުލީމީ މަރުކަޒުތަކާއި ގުޅުން އުފައްދައި ތަރައްގީކުރުން.
(ފ) ޔުނިވަރސިޓީގެ ގަވާއިދުތަކާއެއްގޮތަށް މުވައްޒަފުން ކުރިއަރުވައި ތަރައްގީކުރުން.
(ދ) ޔުނިވަރސިޓީގެ މަގްސަދުތައް ހާސިލްކުރުމަށް ފަހިވާ ވިޔަފާރީގެ މުއާމަލާތްތައް ކުރާނެ އުސޫލުތައް ކަނޑައެޅުން.
(ތ) ތިރީގައިމިވާ ކަންތައްތައް ހިންގާނެގޮތް ކަނޑައެޅުން.
- ޔުނިވަރސިޓީއަށް ވަނުމުގެ އިމްތިހާނުތައް.
- ދަރިވަރުން ހޮވުމާއި ދަރިވަރުން ޔުނިވަރސިޓީއަށް ވެއްދުން.
- ތައުލީމީ ޕްރޮގްރާމްތައް ފަރުމާކުރުން.
- މަންހަޖު ރާވައި ތަރައްގީކުރުން.
- އިމްތިހާނުތައް ބޭއްވުމާއި ސަނަދު ދިނުން.
- މައުލޫމާތާބެހޭ ނިޒާމު ބެލެހެއްޓުން.
- ޔުނިވަރސިޓީގެ ފައިސާއާބެހޭ ކަންތައްތައް ބެލެހެއްޓުން.
- ޔުނިވަރސިޓީގެ ލައިބްރަރީތައް އުފައްދައި ތަރައްގީކޮށް ބެލެހެއްޓުން.
(ލ) އަދި، މި ނޫނަސް ޔުނިވަރސިޓީގެ މަގްސަދުތައް ހާސިލްކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ އެހެން ކަންތައްތައް ކުރުން.
ޗެޕްޓަރު 3
ކައުންސިލްގެ މެންބަރުންގެ މަސްއޫލިއްޔަތު
16 ވަނަ މާއްދާ - ކައުންސިލްގެ ރައީސް
ކައުންސިލްގެ ރައީސަކީ ޗާންސެލަރއެވެ. އަންނަނިވި ކަންކަމަކީ، ކައުންސިލްގެ ރައީސްގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
(ހ) ކައުންސިލްގެ ޖަލްސާތަކުގެ އެޖެންޑާ ކަނޑައެޅުމާއި ރިޔާސަތު ބެލެހެއްޓުން.
(ށ) ކައުންސިލްގެ ނިންމުންތައް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.
(ނ) ކައުންސިލްގެ ޖަލްސާތަކުގެ ގަވާއިދުތައް ހިފެހެއްޓުން.
(ރ) ޔުނިވަރސިޓީގެ ކަންތައްތަކުގައި މަތީ ތައުލީމާބެހޭ ކަންތައްތަކަށް ޒިންމާވާ މިނިސްޓްރީއަށް ޖަވާބުދާރީވުން.
17 ވަނަ މާއްދާ - ކައުންސިލްގެ ނާއިބު ރައީސް
ކައުންސިލްގެ ނާއިބު ރައީސަކީ ވައިސް ޗާންސެލަރއެވެ. އަންނަނިވި ކަންކަމަކީ، ކައުންސިލްގެ ނާއިބު ރައީސްގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
(ހ) ޗާންސެލަރ ނެތް ހިނދެއްގައި ޗާންސެލަރގެ މަސްއޫލިއްޔަތު އަދާކުރުން.
(ށ) ޗާންސެލަރއަށް ޔުނިވަރސިޓީގެ ހަރަކާތްތަކުގެ މައުލޫމާތު އެންގުން.
(ނ) ޔުނިވަރސިޓީގެ ބަޖެޓާއި، އިދާރީ ކަންތައްތަކާއި، ކިޔަވައި ދިނުމާބެހޭ ރޭވުންތައް ކައުންސިލަށް ހުށަހެޅުން.
(ރ) ކައުންސިލުން ނިންމާ ނިންމުންތަކާ އެއްގޮތަށް ޔުނިވަރސިޓީގެ އިދާރީ އަދި ތައުލީމީ ކަންތައްތައް ހިންގުން.
18 ވަނަ މާއްދާ - ކައުންސިލްގެ މެންބަރުން
ކައުންސިލްގެ މެންބަރުންގެ މަސްއޫލިއްޔަތުތަކަކީ އަންނަނިވި ކަންކަން ކުރުމެވެ.
(ހ) ކައުންސިލާއި، ކައުންސިލްގެ ކޮމިޓީތަކުގެ ތެރެއިން އެ މެންބަރަކު ހިމެނޭ ކޮމިޓީއެއްގެ ޖަލްސާތަކަށް ހާޒިރުވުން.
(ށ) ކައުންސިލްގެ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން މެންބަރުންގެ ހުނަރާއި، ތަޖުރިބާ، ފަރުވާތެރިކަމާއި ތެދުވެރިކަމާއެކު ހުށަހެޅުން.
(ނ) ޔުނިވަރސިޓީގެ މަސައްކަތްތަކަށް ރިއާޔަތްކޮށް، ޔުނިވަރސިޓީގެ މަސްލަހަތު ކުރިއެރުވުމަށް ހަރަކާތްތެރިވުން.
(ރ) އަމިއްލަ ފައިދާއެއް ހޯދުމަށާއި ނުވަތަ އެހެން މީހަކަށް ފައިދާއެއް ހޯދައި ދިނުމަށާއި، ޔުނިވަރސިޓީއަށް ނުވަތަ އެހެން މީހަކަށް ގެއްލުމެއް ދިނުމަށް މަގާމުގެ ބޭނުން ނުކުރުން.
(ބ) މަގާމުގެ ހައިސިއްޔަތުން ލިބޭ މައުލޫމާތަށް ރައްކާތެރިވުމާއި، އެފަދަ މައުލޫމާތު އަމިއްލަ ފައިދާއަކަށް ނުވަތަ އެހެން މީހެއްގެ ފައިދާއަކަށް ނުވަތަ ޔުނިވަރސިޓީއަށް ނުވަތަ އެހެން މީހަކަށް ގެއްލުމެއް ދިނުމަށް ބޭނުން ނުކުރުން.
(ޅ) ކައުންސިލްގައި މަށްވަރާކުރެވޭ ކަމެއްގައި މެންބަރެއްގެ އަމިއްލަ މަސްލަހަތެއްވާނަމަ، ކައުންސިލްގެ ރިޔާސަތަށް އެކަން އަންގައި، އެފަދަ ޖަލްސާއަކަށް ހާޒިރުނުވުން. އަދި ރިޔާސަތުން ހާޒިރުވާން އަންގައިގެން ހާޒިރުވިޔަސް، ވޯޓު ދިނުމުގައި ބައިވެރިނުވުން.
(ކ) ވިޔަފާރިއާބެހޭ ގޮތުން ނިންމަންޖެހޭ ކަންކަން ނިންމުމުގައި، ބޭނުންވާ ހުރިހާ މައުލޫމާތެއްގެ އަލީގައި، އަމިއްލަ މަންފާއެއް ނެތި، ތެދުވެރިކަމާއެކު ޔުނިވަރސިޓީގެ ފައިދާއަށް ކަންކަން ނިންމުން.
(އ) ހެޔޮނިޔަތުގައި ރަނގަޅު ވިސްނުމާއެކު، ކައުންސިލްގެ މެންބަރެއްގެ ގޮތުގައި ކައުންސިލްގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުން.
19 ވަނަ މާއްދާ - ކައުންސިލްގެ ސެކްރެޓަރީ
ކައުންސިލްގެ ސެކްރެޓަރީއަކީ ކައުންސިލްގެ މެންބަރެއްގެ ގޮތުގައި ނުހިމެނޭ، ކައުންސިލުން އައްޔަންކުރާ ޔުނިވަރސިޓީގެ މުވައްޒަފެކެވެ. ކައުންސިލްގެ ސެކްރެޓަރީގެ މަސްއޫލިއްޔަތުތަކަކީ، އަންނަނިވި ކަންކަން ކުރުމެވެ.
(ހ) ކައުންސިލްގެ ޖަލްސާތަކާއި ކައުންސިލްގެ ކޮމިޓީތަކުގެ ޔައުމިއްޔާއާއި ނިންމުންތައް ލިޔެ ރައްކާތެރިކޮށް ބެލެހެއްޓުން.
(ށ) ކައުންސިލްގެ ނިންމުންތަކާ ގުޅިގެން، އެކި ފަރާތްތަކަށް އަންގަންޖެހޭ އެންގުންތައް އެންގުން.
ޗެޕްޓަރު 4
ކައުންސިލްގެ މެންބަރުންގެ ދައުރާއި މެންބަރުން ހޮވާނެގޮތް
20 ވަނަ މާއްދާ - މެންބަރުކަމުގެ ދައުރު
މެންބަރުކަމުގެ ދައުރު ދެމިއޮންނާނީ އަންނަނިވި ގޮތަށެވެ.
(ހ) މަގާމުގެ ހައިސިއްޔަތުން ޔުނިވަރސިޓީ ކައުންސިލުގައި ހިމެނޭ މެންބަރުން، އެ މަގާމުތަކުގައި ދެމިތިބިހާ ހިނދަކު، ކައުންސިލުގެ މެންބަރުންގެ ގޮތުގައި ދެމިތިބޭނެއެވެ. (އިސްލާހު2 / އިސްލާހު2 ކުރެވިފައި)
(ށ) މަތީ ތައުލީމާބެހޭ ކަންތައްތަކަށް ޒިންމާވާ ވަޒީރު އައްޔަންކުރާ 8 (އަށެއް) މެންބަރުން، 20 މެންބަރުކަމުގެ މަގާމުގައި ދެމިތިބޭނީ 4 (ހަތަރު) އަހަރުދުވަހަށްވުރެ ދިގުނުވާ ގޮތެއްގެމަތިން، އައްޔަންކުރާއިރު، ކަނޑައެޅޭ މުއްދަތަކަށެވެ. (އުނި ކުރެވި / އިތުރު ކުރެވިފައި)
(ނ) މި ގާނޫނުގެ 13 ވަނަ މާއްދާގެ (ކ) ގައި ބުނެފައިވާ މެންބަރު ފިޔަވައި، ކައުންސިލަށް އިންތިހާބުކުރާ އެހެން މެންބަރުންގެ މެންބަރުކަމުގެ ދައުރަކީ 2 (ދޭއް) އަހަރު ދުވަހެވެ. 13 ވަނަ މާއްދާގެ (ކ) ގައި ބުނެފައިވާ މެންބަރުގެ މެންބަރުކަމުގެ ދައުރަކީ 1 (އެކެއް) އަހަރު ދުވަހެވެ.
20 ވަނަ މާއްދާ - ކައުންސިލްގެ ނޮމިނޭށަން ކޮމިޓީ (އުނި ކުރެވިފައި)
21 ވަނަ މާއްދާ - ކައުންސިލު ގެ ނޮމިނޭށަން ކޮމިޓީ (އުނި ކުރެވި / އިތުރު ކުރެވިފައި)
މި ގާނޫނުގެ 11 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ލިސްޓު އެކުލަވާލާނީ، ކައުންސިލުގެ ނޮމިނޭށަން ކޮމިޓީންނެވެ. އެ ކޮމިޓީ އެކުލެވިގެންވާނީ އަންނަނިވި މެންބަރުންގެ މައްޗަށެވެ.
(ހ) ޗާންސެލަރ؛
(ށ) ވައިސް ޗާންސެލަރ؛
(ނ) ކައުންސިލުން ކަނޑައަޅާ އުސޫލެއްގެ މަތިން ޗާންސެލަރ އައްޔަންކުރާ 6 (ހައެއް) މެންބަރުން.
22 ވަނަ މާއްދާ - ނޮމިނޭށަން ކޮމިޓީން ނަން ލިސްޓު އެކުލަވާލާނެގޮތް (އުނި ކުރެވި / އިތުރު ކުރެވިފައި)
(ހ) މި ގާނޫނުގެ 11 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ މެންބަރުން އައްޔަންކުރުމަށް ހުށަހަޅާ ނޮމިނޭށަން ލިސްޓުގައި މަދުވެގެން 16 (ސޯޅަ) މީހުންގެ ނަން ހިމަނަންވާނެއެވެ.
(ށ) ނޮމިނޭށަން ކޮމިޓީން ނޮމިނޭށަން ލިސްޓު އެކުލަވާލާއިރު، އެކި ފަންނުގެ ހުނަރުތަކުގެ މީހުން ހިމަނަންވާނެއެވެ.
(ނ) ނޮމިނޭށަން ކޮމިޓީން އެކުލަވާލާ ނޮމިނޭށަން ލިސްޓުގައި އަންނަނިވި ފަރާތްތަކުގެ ތެރެއިން ފަރާތެއްގެ ނަން ހުށަހަޅައިގެންނުވާނެއެވެ.
- ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް؛
- ޔުނިވަރސިޓީގެ ދާއިމީ މުވައްޒަފެއް؛
- ޔުނިވަރސިޓީގެ ދަރިވަރެއް؛
- ނޮމިނޭށަން ކޮމިޓީގެ މެންބަރެއް.
23 ވަނަ މާއްދާ - ނޮމިނޭށަން ކޮމިޓީގެ ލިސްޓުން މެންބަރުން އައްޔަންކުރުން (އިތުރު ކުރެވިފައި)
ނޮމިނޭށަން ކޮމިޓީގެ ނޮމިނޭށަން ލިސްޓު މަތީ ތައުލީމާބެހޭ ކަންތައްތަކަށް ޒިންމާވާ ވަޒީރަށް ލިބޭތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ލިސްޓުގައިވާ މެންބަރުންގެ ތެރެއިން އެ ވަޒީރަށް ފެންނަ ގޮތުގައި ޔުނިވަރސިޓީގެ މަސްލަހަތު ކުރިއަރުވަން އެންމެ އެކަށީގެންވާ 8 (އަށެއް) މެންބަރުން އައްޔަންކުރަންވާނެއެވެ.
24 ވަނަ މާއްދާ - މެންބަރުން އިންތިހާބުކުރާނެގޮތް
(ހ) މި ގާނޫނުގެ 13 ވަނަ މާއްދާގައި ބުނެފައިވާ ކައުންސިލްގެ މެންބަރުން ހޮވުމަށް ބާއްވަންޖެހޭ އިންތިހާބާބެހޭ އުސޫލުތައް ކަނޑައަޅާނީ ކައުންސިލުންނެވެ.
(ށ) އިންތިހާބެއް ބާއްވަން ޖެހުމުން އެމަސައްކަތް ކުރުމަށް ކައުންސިލުން އިލެކްށަން އޮފިސަރެއް އައްޔަންކުރަންވާނެއެވެ.
(ނ) ކައުންސިލުން ކަނޑައަޅާ އުސޫލުތަކުގެ މަތިން އިންތިހާބުގެ ކަންތައްތައް ކުރިއަށް ގެންދާނީ އިލެކްށަންސް އޮފިސަރއެވެ.
25 ވަނަ މާއްދާ - ވޯޓުދިނުމުގެ ހައްގު ލިބިގެންވާ ފަރާތްތައް
(ހ) ޑެޕިއުޓީ ވައިސް ޗާންސެލަރުންނާއި، ޕްރޯ ވައިސް ޗާންސެލަރުންގެ ތެރެއިން ކައުންސިލަށް މެންބަރަކު އިންތިހާބުކުރުމުގައި ވޯޓުދެވޭނީ ޑެޕިއުޓީ ވައިސް ޗާންސެލަރުންނާއި، ޕްރޯ ވައިސް ޗާންސެލަރުންނަށެވެ.
(ށ) އެކަޑެމިކް ސެނެޓުން ކައުންސިލަށް މެންބަރަކު އިންތިހާބުކުރުމުގައި ވޯޓުދެވޭނީ އެކަޑެމިކް ސެނެޓުގެ މެންބަރުންނަށެވެ.
(ނ) ޑީނުންގެ ތެރެއިން ކައުންސިލަށް މެންބަރަކު އިންތިހާބުކުރުމުގައި ވޯޓުދެވޭނީ ކޮލެޖް، ނުވަތަ ފެކަލްޓީ، ނުވަތަ ސެންޓަރު ހިންގަން ތިބޭ ދާއިމީ އެންމެ އިސް ވެރިންނަށެވެ.
(ރ) ކިޔަވައިދޭ މީހުންގެ ތެރެއިން ކައުންސިލަށް މެންބަރަކު އިންތިހާބުކުރުމުގައި ވޯޓުދެވޭނީ އެ އިންތިހާބަކަށް ކެންޑިޑޭޓުންގެ ނަންތައް ހުށަހެޅޭއިރު، ޔުނިވަރސިޓީގައި ކިޔަވައިދިނުމުގެ މަސައްކަތުގައި ފާއިތުވި އަހަރު ހޭދަކޮށްފައިވާ އަދި އިންތިހާބުގެ ކަންތައް ހިނގަމުންދާ ވަގުތުގައިވެސް ކިޔަވައިދިނުމުގެ މަސައްކަތުގައި ދެމިތިބި ދާއިމީ މުވައްޒަފުންނަށެވެ.
(ބ) އިދާރީ ބައިގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ކައުންސިލަށް މެންބަރަކު އިންތިހާބުކުރުމުގައި ވޯޓުދެވޭނީ އެ އިންތިހާބަކަށް ކެންޑިޑޭޓުންގެ ނަންތައް ހުށަހެޅޭއިރު، ޔުނިވަރސިޓީގެ އިދާރީ ބައިގެ މަސައްކަތުގައި ފާއިތުވި އަހަރު ހޭދަކޮށްފައިވާ އަދި އިންތިހާބުގެ ކަންތައް ހިނގަމުންދާ ވަގުތުގައިވެސް އިދާރީ ބައިގެ މަސައްކަތުގައި ދެމިތިބި ދާއިމީ މުވައްޒަފުންނަށެވެ.
(ޅ) އެލަމްނައިގެ ތެރެއިން ކައުންސިލަށް މެންބަރަކު އިންތިހާބުކުރުމުގައި ވޯޓުދެވޭނީ އެލަމްނައި އެސޯސިއޭށަންގެ މެންބަރުންނަށެވެ.
(ކ) ދަރިވަރުންގެ ތެރެއިން ކައުންސިލަށް މެންބަރަކު އިންތިހާބުކުރުމުގައި ވޯޓުދެވޭނީ ކައުންސިލުން ކަނޑައަޅާ ދިގުމުއްދަތުގެ ކޯސްތަކުގައި ރަޖިސްޓްރީ ކޮށްފައިވާ ދަރިވަރުންނަށެވެ.
26 ވަނަ މާއްދާ - މެންބަރުކަމުގެ ގޮނޑި ހުސްވުން
އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް ކައުންސިލްގެ މެންބަރަކަށް ދިމާވެއްޖެނަމަ، އެ މެންބަރެއްގެ ގޮނޑި ހުސްވާނެއެވެ.
(ހ) ޖަލްސާއަށް ކިޔާފައި އޮތުމާއެކުވެސް، މަގްބޫލު އުޒުރެއްނެތި ވިދިވިދިގެން ކައުންސިލްގެ 3 ޖަލްސާއަށް ހާޒިރުނުވުން.
(ށ) ލިޔުމަކުން ޗާންސެލަރއަށް އިސްތިއުފާ ހުށަހަޅައި، އެލިޔުން ޗާންސެލަރަށް ލިބުން.
(ނ) ޖިނާއީ ކުށެއްކުރިކަން ށަރީއަތަށް ސާބިތުވެ ހުކުމެއްކުރުން.
(ރ) ދުނިޔެއިން މޮޔަވުން.
(ބ) މަރުވުން.
(ޅ) ކައުންސިލްގެ މެންބަރުކަން ގެއްލޭފަދަ މަގާމަކަށް އައްޔަންކުރެވުން.
(ކ) ކައުންސިލްގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާ ނުކުރާކަމަށް ކައުންސިލްގެ ތިންބައިކުޅަ ދެ ބައިގެ އަގުލަބިއްޔަތުން ފާސްވުން.
(އ) ކައުންސިލްގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުމުގެ ކުޅަދާނަކަން ނެތްކަމަށް، ކައުންސިލްގެ ތިންބައިކުޅަ ދެ ބައިގެ އަގުލަބިއްޔަތުން ފާސްވުން.
(ވ) ކައުންސިލުގެ މެންބަރުކަމަށް ހޮވުނުފަހުން، މެންބަރުކަމުގެ ށަރުތު ހަމަނުވާކަން ސާބިތުވުން.
27 ވަނަ މާއްދާ - އިސްތިއުފާދިނުން (އިތުރު ކުރެވިފައި) / އިސްލާހު ކުރެވިފައި)
(ހ) މި ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މެންބަރުންގެ ތެރެއިން މެެންބަރަކު އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން އެ މެންބަރަކު އެ މަގާމުން ވަކިވީއެވެ.
(ށ) މި ގާނޫނުގެ 11 ވަނަ މާއްދާގެ (ށ)، (ނ)، އަދި (ރ) ގައި ބަޔާންކޮށްފައިވާ މެންބަރުންގެ ތެރެއިން މެންބަރަކު އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ޔުނިވަރސިޓީގެ ޗާންސެލަރަށް ހުށަހަޅައި، އެ ސިޓީ ޗާންސެލަރަށް ލިބުމުން އެ މެންބަރަކު އެ މަގާމުން ވަކިވީއެވެ.
28 ވަނަ މާއްދާ - ހުސްވާ ގޮނޑިއަށް މެންބަރުން އައްޔަންކުރުމާއި އިންތިހާބުކުރުން
(ހ) ކައުންސިލަށް އައްޔަންކޮށްފައިވާ މެންބަރެއްގެ ގޮނޑި ހުސްވެއްޖެނަމަ، އެ ގޮނޑިއަކަށް މެންބަރަކު އައްޔަންކުރާނީ، އެކަން އެ މެންބަރަކު އައްޔަންކުރާ ފަރާތަށް އެންގުމުން އެފަރާތުންނެވެ.
(ށ) ކައުންސިލަށް އިންތިހާބުކުރާ މެންބަރެއްގެ ގޮނޑި ހުސްވެއްޖެނަމަ، އަލުން އިންތިހާބެއް ބާއްވައި އެގޮނޑިއަށް މެންބަރަކު އިންތިހާބު ކުރާނީއެވެ.
ޗެޕްޓަރު 5
ކައުންސިލްގެ ޖަލްސާތައް
29 ވަނަ މާއްދާ – ރިޔާސަތު
ކައުންސިލްގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނީ، ޔުނިވަރސިޓީގެ ޗާންސެލަރއެވެ. ޗާންސެލަރއަށް ހާޒިރު ނުވެވިއްޖެނަމަ، ވައިސް ޗާންސެލަރއެވެ. ޗާންސެލަރއާއި ވައިސް ޗާންސެލަރއަށް ހާޒިރު ނުވެވިއްޖެނަމަ، ރިޔާސަތު ބަލަހައްޓާނީ އެޖަލްސާއަކަށް ހާޒިރުވި މެންބަރުން އެ މެންބަރުންގެ ތެރެއިން ހޮވާ މީހެކެވެ.
30 ވަނަ މާއްދާ - ގާނޫނީ އަދަދު
ކައުންސިލްގެ ޖަލްސާއެއް ކުރެވޭނީ ޖަލްސާގެ ގާނޫނީ އަދަދު ހަމަވުމުންނެވެ. ކައުންސިލްގެ ޖަލްސާއެއްގެ ގާނޫނީ އަދަދު ހަމަވާނީ މަދުވެގެން ކައުންސިލްގެ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވުމުންނެވެ.
31 ވަނަ މާއްދާ – ވޯޓުދިނުން
(ހ) މުވައްޒަފުންނާއި، ފައިސާއާބެހޭ ކަންތައްތައް ފިޔަވައި، ކައުންސިލުން ކަންތައްތައް ފާސްކުރާނީ، ހާޒިރުވެތިބި މެންބަރުންގެ އެއްބަސްވުމުންނެވެ. މިގޮތުން، ހާޒިރުވެތިބި މެންބަރުންނަށް އެއްބަސް ނުވެވިއްޖެނަމަ، އެކަމެއް ނިންމާނީ ވޯޓަކުންނެވެ.
(ށ) މުވައްޒަފުންނާބެހޭ ކަންތައްތަކާއި، ފައިސާއާބެހޭ ކަންތައްތައް ނިންމާނީ ވޯޓަކުންނެވެ.
(ނ) ކައުންސިލުން އެއްވެސްކަމެއް ވޯޓަކުން ނިންމަން ޖެހިއްޖެނަމަ، އެކަމެއް ނިންމާނީ ހާޒިރުވެތިބި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
(ރ) ކައުންސިލުން ކަމެއް ނިންމުމުގައި ވޯޓުދޭއިރު، ހާޒިރުވި ކޮންމެ މެންބަރަކަށް ދެވޭނީ 1 (އެކެއް) ވޯޓެވެ. ޔުނިވަރސިޓީގެ ޗާންސެލަރއަށް ނުވަތަ ރިޔާސަތު ބަލަހައްޓާ މެންބަރަކަށް ވޯޓުދެވޭނީ، ކައުންސިލުގައި ނަގާ ވޯޓެއްގައި ލިބޭ ވޯޓު ދެކޮޅަށް ހަމަހަމަވެއްޖެ ހާލަތެއްގައެވެ.
(ބ) ކައުންސިލުން އެއްވެސް ކަމެއް ވޯޓަކުން ނިންމުމުގައި ސިއްރު ވޯޓެއް ނަގާނީ މެންބަރަކު އެގޮތަށް އެދިއްޖެނަމަ، ނުވަތަ ސިއްރު ވޯޓެއް ނެގުމަށް ރިޔާސަތަށް ފެނިއްޖެނަމައެވެ.
(ޅ) ކައުންސިލުން ވޯޓަކުން ކަމެއް ނިންމުމުގައި ހާޒިރުނުވާ މެންބަރަކަށް އަދި އެފަދަ މެންބަރެއްގެ ބަދަލުގައިވެސް އެއްވެސް މީހަކަށް ވޯޓެއް ނުދެވޭނެއެވެ.
32 ވަނަ މާއްދާ - ޖަލްސާ ނުބާއްވާ ކަންކަން ނިންމުން
(ހ) ވަރަށް ހާއްސަ ހާލަތްތަކުގައި ޗާންސެލަރ ނުވަތަ ވައިސް ޗާންސެލަރ ޖަލްސާއެއް ނުކޮށް ކަމެއް ނިންމުމަށް މެންބަރުންނަށް ލިޔުމުން އެދެވިދާނެއެވެ.
(ށ) ކަމެއް ނިންމަން އެދޭގޮތުގެ ލިޔުމާއި، ޖަލްސާއަކާ ނުލައި ނިންމައިދިނުން އެދި ފޮނުވާ ލިޔުން ކައުންސިލްގެ ކޮންމެ މެންބަރަކަށް ފޮނުވަންވާނެއެވެ.
(ނ) މިގޮތަށް ނިންމާ ނިންމުމެއް ފާސްވިކަމަށް ބެލެވޭނީ ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މެންބަރުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން މި ނިންމުމުގައި ސޮއިކޮށް، ޗާންސެލަރއަށް ނުވަތަ ވައިސް ޗާންސެލަރއަށް ފޮނުވުމުންނެވެ.
(ރ) މި މާއްދާގެ (ނ) ގައި ބުނާ ނިންމުމުގައި ކައުންސިލްގެ މެންބަރުގެ އަމިއްލަ މަސްލަހަތެއްވާނަމަ، އޭނާ އެ ލިޔުމުގައި ސޮއިކޮށްގެން ނުވާނެއެވެ.
(ބ) ޖަލްސާ ނުބާއްވައި ނިންމާ ނިންމުންތަކާބެހޭ މައުލޫމާތު ދެން އެންމެ އަވަހަށް ބާއްވާ ކައުންސިލް ޖަލްސާއެއްގައި ދޭންވާނެއެވެ.
ޗެޕްޓަރު 6
ޔުނިވަރސިޓީގެ އިސް އޮފިސަރުން
33 ވަނަ މާއްދާ – ޗާންސެލަރ
(ހ) ޔުނިވަރސިޓީގެ ޗާންސެލަރ އައްޔަންކޮށް، ވަކިކުރާނީ، ރައީސުލްޖުމްހޫރިއްޔާއެވެ.
(ށ) ޗާންސެލަރުގެ މަގާމުގެ މުއްދަތަކީ، 5 (ފަހެއް) އަހަރުދުވަހެވެ. ނަމަވެސް، މި މުއްދަތުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށް ފެނިއްޖެ ހިނދެއްގައި އޭނާ މަގާމުން ވަކިކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ. (އުނި ކުރެވި / އިތުރު ކުރެވިފައި)
(ނ) ޗާންސެލަރގެ މަސްއޫލިއްޔަތަކީ، މި ގާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ކައުންސިލްގެ ރައީސްގެ މަސްއޫލިއްޔަތެވެ.
34 ވަނަ މާއްދާ - ވައިސް ޗާންސެލަރ
(ހ) ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ އައްޔަންކޮށް، ވަކިކުރާނީ، ރައީސުލްޖުމްހޫރިއްޔާއެވެ. (އިސްލާހު ކުރެވިފައި)
(ށ) ވައިސް ޗާންސެލަރުގެ މަގާމުގެ މުއްދަތަކީ، 5 (ފަހެއް) އަހަރުދުވަހެވެ. ނަމަވެސް، 31 މި މުއްދަތުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށް ފެނިއްޖެ ހިނދެއްގައި އޭނާ މަގާމުން ވަކިކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ. (އުނި ކުރެވި / އިތުރު ކުރެވިފައި)
(ބ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެއްޖެނަމަ، ވައިސް ޗާންސެލަރ އެ މަގާމުން ވަކިވީއެވެ.
35 ވަނަ މާއްދާ - ޑެޕިއުޓީ ވައިސް ޗާންސެލަރުންނާއި ޕްރޯ ވައިސް ޗާންސެލަރުން
(ހ) މި ގާނޫނާއެއްގޮތްވާ ގޮތުގެމަތިން، ޑެޕިއުޓީ ވައިސް ޗާންސެލަރުންނާއި ޕްރޯ ވައިސް ޗާންސެލަރުން އައްޔަންކޮށް ވަކިކުރާނީ ކައުންސިލުންނެވެ.
(ށ) ޑެޕިއުޓީ ވައިސް ޗާންސެލަރުންނާއި ޕްރޯ ވައިސް ޗާންސެލަރުންގެ މަގާމުގެ ދައުރާއި މަސްއޫލިއްޔަތު ކަނޑައަޅާނީ ކައުންސިލުންނެވެ.
36 ވަނަ މާއްދާ - ވަގުތީގޮތުން ވައިސް ޗާންސެލަރ ނުވަތަ ޑެޕިއުޓީ ވައިސް ޗާންސެލަރގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް މީހުން އައްޔަންކުރުން
(ހ) އަންނަނިވި ހާލަތްތަކުގައި ވަގުތީގޮތުން ވައިސް ޗާންސެލަރ ނުވަތަ ޑެޕިއުޓީ ވައިސް ޗާންސެލަރުގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް މީހަކު އައްޔަންކުރުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ. (އިސްލާހު1 / އިސްލާހު2 ކުރެވިފައި)
- ވައިސް ޗާންސެލަރ ނުވަތަ ޑެޕިއުޓީ ވައިސް ޗާންސެލަރުގެ މަގާމު ހުސްވުން.
- ވައިސް ޗާންސެލަރ ނުވަތަ ޑެޕިއުޓީ ވައިސް ޗާންސެލަރުގެ މަގާމާ ހަވާލުވެގެން ހުރި މީހަކު ރަށުން ބޭރުގައިވުން ނުވަތަ އެހެންވެސް ސަބަބަކަށްޓަކައި މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އުޒުރުވެރިވުން.
(ށ) ވަގުތީގޮތުން އައްޔަންކުރާ މީހަކު 6 (ހައެއް) މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ބަހައްޓައިގެން ނުވާނެއެވެ. (އިސްލާހު ކުރެވިފައި)
ޗެޕްޓަރު 7
މާލީ ކަންކަން
37 ވަނަ މާއްދާ - މާލީ އަހަރު
ޔުނިވަރސިޓީގެ މާލީ އަހަރަކީ 1 (އެކެއް) ޖެނުއަރީން ފެށިގެން 12 (ބާރަ) މަސްދުވަހެވެ.
38 ވަނަ މާއްދާ - ޔުނިވަރސިޓީގެ މާލިއްޔާ
(ހ) ޔުނިވަރސިޓީގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ފައިސާ، ދައުލަތުގެ މާލިއްޔާއިން، ކޮންމެ އަހަރަކު ޔުނިވަރސިޓީއަށް ދޫކުރަންވާނެއެވެ.
(ށ) އެއްވެސް މީހަކު ނުވަތަ ޖަމާއަތަކުން ނުވަތަ ސަރުކާރަކުން ޔުނިވަރސިޓީއަށް ދޭ އެހީއެއް، ގަބޫލުކުރަންވާނީ ކައުންސިލްގެ ހުއްދައާއެކު، ޔުނިވަރސިޓީގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކުރުމަށް އެކަންޏެވެ.
(ނ) ޔުނިވަރސިޓީގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކުރުމަށްޓަކައި އެކި ގޮތްގޮތުން ޔުނިވަރސިޓީއަށް އާމްދަނީ ހޯދިދާނެއެވެ.
(ރ) އަންނަނިވި ގޮތްގޮތުން ޔުނިވަރސިޓީއަށް ލިބޭ ފައިސާ، ކައުންސިލުން ނިންމާ އުސޫލެއްގެ މަތިން، ހަރަދުކުރުމުގެ ހައްގު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ. މި ފައިސާ ހޭދަކުރަންވާނީ ހަމައެކަނި ޔުނިވަރސިޓީގެ ބޭނުމަށެވެ.
- އެކި ގޮތްގޮތުން، ދަރިވަރުންނާއި މުވައްޒަފުންގެ އަތުން ނެގޭ ފީއާއި ފައިސާ.
- ޔުނިވަރސިޓީއަށް އާމްދަނީ ހޯދުމަށް މި ގާނޫނުގެ ދަށުން، ހިންގާ މުއާމަލާތްތަކުން ލިބޭ ފައިސާ.
39 ވަނަ މާއްދާ - ލޯނުގެ ގޮތުގައި ފައިސާ ހޯދުން
(ހ) ޔުނިވަރސިޓީއަށް ލޯނުގެ ގޮތުގައި ފައިސާ ހޯދޭނީ ކައުންސިލުން ފާސްކޮށްގެން ކައުންސިލުން ކަނޑައަޅާ އަދަދަކަށް ކަނޑައަޅާ މުއްދަތަކަށެވެ.
(ށ) ޔުނިވަރސިޓީގެ ނުއުފުލޭ އެއްވެސް މުދަލެއް ރަހުނުކޮށްގެން ނުވާނެއެވެ.
40 ވަނަ މާއްދާ – ފީ
ޔުނިވަރސިޓީން ހިންގާ ކޯހަކަށް ނުވަތަ ޔުނިވަރސިޓީން ދޭ ހިދުމަތަކަށް ފީ ނަގަންވާނީ ކައުންސިލުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
41 ވަނަ މާއްދާ - މާލިއްޔާއިން ހަރަދުކުރުން
ޔުނިވަރސިޓީގެ މާލިއްޔާއިން ހަރަދު ކުރެވޭނީ ކައުންސިލުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ހަމައެކަނި ޔުނިވަރސިޓީގެ މަގްސަދުތައް ހާސިލްކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށެވެ.
42 ވަނަ މާއްދާ - ޓެކްސް ދެއްކުމުން އިސްތިސްނާކުރުން
ޔުނިވަރސިޓީން ބައިވެރިވާ ކުންފުންޏަކުން ފިޔަވައި، ޔުނިވަރސިޓީގެ އަމިއްލަ ނުވަތަ ޔުނިވަރސިޓީގެ މަގްސަދުތައް ހާސިލްކުރުމަށް ހާއްސަ ކުރެވިފައިވާ މިލްކިއްޔާތަކުން ޓެކްސެއް ނުނެގޭނެއެވެ.
43 ވަނަ މާއްދާ - މާލީ އޮޑިޓްކުރުން
ޔުނިވަރސިޓީގެ އާމްދަނީއާއި، ހަރަދާއި، މިލްކިއްޔާތާއި، މާލީ ޒިންމާތަކާބެހޭ ހިސާބު، އޮޑިޓަރ ޖެނެރަލްގެ މަށްވަރާއާއެކު، ކައުންސިލުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، ލިޔެ ބަލަހައްޓައި އޮޑިޓްކުރުމަށްފަހު، އެކުލަވާލެވޭ މާލީ ބަޔާނެއް، މި ގާނޫނުގެ 54 ވަނަ މާއްދާގައި ބުނެފައިވާ އަހަރީ ރިޕޯޓާއެކު، ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށާއި، މަތީ ތައުލީމާބެހޭ ކަންތައްތަކަށް ޒިންމާވާ ވަޒީރަކަށް ފޮނުވަންވާނެއެވެ.
ޗެޕްޓަރު 8
ޔުނިވަރސިޓީގެ ގަވާއިދުތައް
44 ވަނަ މާއްދާ - ގަވާއިދު ހެދުން
(ހ) މި ގާނޫނުގެ މާއްދާތައް ތަންފީޒުކުރުމަށްޓަކައި ނުވަތަ މި ގާނޫނުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ހިފުމަށްޓަކައި، އިސްލާމީ ށަރީއަތާއި މި ގާނޫނާ އަދި ރާއްޖޭގެ އެހެން އެއްވެސް ގާނޫނަކާ ހިލާފުނުވާ ގޮތުގެމަތިން، ގަވާއިދުހެދުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) އިން ކައުންސިލަށް ލިބިފައިވާ ބާރުގެތެރޭގައި އަންނަނިވި ކަންކަމާއި އަދި އެނޫންވެސް އެހެން ކަންކަމަށް ގަވާއިދު ހެދުން ހިމެނެއެވެ.
- ޔުނިވަރސިޓީ ހަރުދަނާ ގޮތެއްގައި ހިންގުމާއި ޔުނިވަރސިޓީގެ ސުލޫކު ހިފެހެއްޓުން.
- މި މާއްދާގެ (ށ) ގެ (1) ގެ ދަށުން ހެދިފައިވާ ގަވާއިދަކާ ހިލާފުވެއްޖެނަމަ، ޔުނިވަރސިޓީގެ ފަރާތުން ނުވަތަ ޔުނިވަރސިޓީން އައްޔަންކުރާ ފަރާތަކުން ޔުނިވަރސިޓީގެ ދަރިވަރުންނަށާއި، ޔުނިވަރސިޓީގެ މުވައްޒަފުންނަށް ދޭނެ އިދާރީ އަދަބުތައް ކަނޑައެޅުން.
- މި ގާނޫނުގައި ބަޔާންވެފައިވާ އިންތިހާބުތައް ބާއްވާނެގޮތްތަކާއި، އިންތިހާބުތަކާ ގުޅިގެން ހުށަހަޅާ ށަކުވާތަކާމެދު އަމަލުކުރާނެ ގޮތްތައް ކަނޑައެޅުން.
- ޔުނިވަރސިޓީގެ ފަންނީ މުވައްޒަފުން ކަނޑައެޅުން.
- ޔުނިވަރސިޓީގެ އަންޑަރ ގްރެޖުއޭޓް އަދި ޕޯސްޓު ގްރެޖުއޭޓް ދަރިވަރުން ކަނޑައެޅުން.
- ޔުނިވަރސިޓީގެ އެކިއެކި މަޖިލިސްތަކާގުޅޭ ގޮތުން، އަންނަނިވި ކަންކަން ކަނޑައެޅުން.
(ހ) ޖަލްސާތައް ބޭއްވުމާއި، ކެންސަލްކުރުމާއި، ފަސްކުރުމުގެ ގޮތްތަކާއި، ޖަލްސާތައް ބާއްވާނެ ވަގުތުތައް.
(ށ) ޖަލްސާތަކުގައި ވޯޓުދޭނެ ގޮތް.
(ނ) ކޮންވޮކޭށަންގެ ޖަލްސާތަކުގައި މާލީ ކަންތައްތައް ހާމަކުރާނެ އުސޫލުތައް.
(ރ) ރިޔާސަތަށް މީހުން އައްޔަންކުރާނެގޮތާއި، އެމީހުންގެ ބާރުތަކާއި، މަސްއޫލިއްޔަތު.
(ބ) ޖަލްސާތައް ކުރިއަށް ގެންދާނެގޮތާއި، ޖަލްސާތަކުގެ ރެކޯޑު ބަލަހައްޓާނެ ގޮތް.
(ޅ) އެކިއެކި ކޮމިޓީތައް އުފައްދާނެ ގޮތް.
(ކ) ކޮމިޓީތަކުގެ ޖަލްސާތަކުގެ ގާނޫނީ އަދަދާއި، އެކޮމިޓީތަކަށް ލިބިގެންވާ ބާރުތަކާއި، ޒިންމާތައް. - ހާއްސަ ހާލަތްތަކުގައި ވައިސް ޗާންސެލަރގެ ޒިންމާތަކާއި ބާރުތައް ޑެޕިއުޓީ ވައިސް ޗާންސެލަރ (އެޑްމިނިސްޓްރޭށަން އެންޑް ފައިނޭންސް) އުފުލައި، ބޭނުންކުރާނެ ގޮތްތައް ކަނޑައެޅުން. (އިސްލާހު1 / އިސްލާހު2 ކުރެވިފައި)
- ގާނޫނުން ނުވަތަ މި ގާނޫނުގެ ދަށުން އުފައްދާ އޮފީހެއް ނުވަތަ ތަނެއް ހިންގާ މުވައްޒަފަކަށް އެތަން ހިންގަން ހަވާލުކުރާ މުއްދަތު މި ގާނޫނުގައި ބަޔާންކޮށްފައިނުވާނަމަ، ނުވަތަ ގަވާއިދަކުން ނޫން ގޮތަކުން މުއްދަތު ކަނޑައެޅުމުގެ ފުރުސަތު، މި ގާނޫނުގައި ދެވިފައިނުވާނަމަ، އެފަދަ މަގާމުގެ ނުވަތަ ވަޒީފާގެ މުއްދަތާއި އެ ވަޒީފާދޭނެގޮތް ކަނޑައެޅުން.
- ޔުނިވަރސިޓީގެ މުވައްޒަފުންގެ ވަޒީފާއާގުޅޭ އެންމެހައި ކަންކަން ކަނޑައެޅުން.
- ޔުނިވަރސިޓީއަށް ދަރިވަރުން ވައްދާނެގޮތް ކަނޑައެޅުން.
- ތަގުރީރުތަކާއި، ކުލާސްތަކާއި، އިމްތިހާންތައް ބާއްވާނެގޮތްތަކާއި، ވަގުތުތަކާއި، ތަންތަނާއި، އޭގެ އަދަދުތަކާއި، ސިފަތައް ކަނޑައެޅުން.
- ޔުނިވަރސިޓީގެ ކިޔަވައިދިނުން ތަރައްގީކޮށް، ފުޅާކުރުމުގެ ކަންތައްތައް ކަނޑައެޅުން.
- އެކި ފެންވަރުގެ ސަނަދާއި ށަރަފު ދިނުން.
- ފެލޯށިޕާއި، ސްކޮލަރށިޕާއި، ފައިސާގެ އެހީ ދިނުން.
- ސަނަދެއް ހޯދުމަށް ހަމަކުރަންޖެހޭ މާއްދާއެއްގެ ބަދަލުގައި ކުރީގެ ކިޔެވުމަކަށް ނުވަތަ އެހެން މަސައްކަތަކަށް އެ މަސައްކަތުގެ ތައުލީމީ ބަރުދަން ވަޒަންކޮށް، ކްރެޑިޓް ޕޮއިންޓް ދިނުން.
- ކޮންވޮކޭށަނަށް މެންބަރުން ވެއްދުން.
- ތައުލީމީ އެހެން މަރުކަޒަކުން ކިޔަވަމުންދާ ނުވަތަ ކިޔަވާފައިވާ މީހުން އެމީހުންގެ ކިޔެވުމާއެއްގޮތްވާ ޔުނިވަރސިޓީގެ ފެންވަރަކަށް އެމީހުން ޔުނިވަރސިޓީއަށް ވެއްދުން.
- ދަރިވަރުން ޔުނިވަރސިޓީއަށް ދައްކަންޖެހޭ އެކިއެކި ފީތައް ކަނޑައެޅުން.
- ޔުނިވަރސިޓީއާ ގުޅިގެން ލައިބްރަރީތަކާއި، ލެބޯރޓަރީތަކާއި، މިއުޒިއަމްތައް އުފައްދައި އެތަންތަން ހިންގުން.
- ދަނާލުތައް ބިނާކުރުން ނުވަތަ އެހެން ފަރާތަކުން ހިންގާ ދަނާލުތަކުގައި ބައިވެރިވުން.
- ތައުލީމީ ނުވަތަ އިލްމީ މުއައްސަސާތަކުގެ ބައެއްގެ ގޮތުގައި ޔުނިވަރސިޓީވުން ނުވަތަ އެފަދަ ތަނަކާ ޔުނިވަރސިޓީ ބައިވެރިވުން.
- ޔުނިވަރސިޓީގެ މިލްކިއްޔާތުތައް ކޮންޓްރޯލް ކޮށް އިންވެސްޓްކުރުން.
- ޔުނިވަރސިޓީގެ މަތީ މަގާމުތަކުގެ މުވައްޒަފުންނަށާއި، އެމީހުންގެ އާއިލާތަކަށާއި، އަދި އެހެން މުވައްޒަފުންނަށް ސުޕަރ އެނުއޭށަނާއި، އެނޫންވެސް އިނާޔަތްތައް ފޯރުކޮށްދިނުން.
(ނ) މި ގާނޫނާއި އަދި ޔުނިވަރސިޓީގެ އެއްވެސް ގަވާއިދަކާ ހިލާފުނުވާގޮތަށް، ވަކިކަމެއް ހިންގުމަށްޓަކައި ނުވަތަ ހިންގުމަށް މަގުފަހިކޮށްދިނުމަށްޓަކައި ނުވަތަ ގަވާއިދުތައް ހިންގުމަށްޓަކައި ނުވަތަ ގަވާއިދުތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށްޓަކައި އެކިއެކި އުސޫލުތަކާއި، އަމުރުތަކާއި، އިރުށާދުތައް ކަނޑައެޅުމުގެ ބާރު ކައުންސިލަށް ނުވަތަ ޔުނިވަރސިޓީގެ އެހެން އޮފީހަކަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުން ދެވިދާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބުނާ އުސޫލުތަކާއި، އަމުރުތަކާއި، އިރުށާދުތަކަށް، ގަވާއިދުތަކަށް ލިބިގެންވާ ބާރު ލިބިގެންވެއެވެ.
45 ވަނަ މާއްދާ - ގަވާއިދުތައް ށާއިއުކުރުން
(ހ) ކައުންސިލުން ޔުނިވަރސިޓީގެ އެއްވެސް ގަވާއިދެއް ފާސް ކޮށްފިނަމަ:
- އެ ގަވާއިދުގައި ޔުނިވަރސިޓީގެ ސިއްކަ ޖަހަންވާނެއެވެ.
- އެ ގަވާއިދު ޔުނިވަރސިޓީގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
- އެ ގަވާއިދެއް ށާއިއުކުރާ ދުވަހުން ފެށިގެން، ޔުނިވަރސިޓީގެ ގާނޫނު ތަންފީޒުކުރުމަށް ލިބިގެންވާފަދަ ބާރު، އެގަވާއިދެއް ތަންފީޒުކުރުމަށްވެސް ލިބިގެން ވާނެއެވެ.
(ށ) ޔުނިވަރސިޓީގެ ގެޒެޓުގައި ގަވާއިދުތައް ށާއިއުކުރާއިރު، ވަކި ތަރުތީބަކުން ކޮންމެ ގަވާއިދަކަށްވެސް ނަންބަރު ދޭންވާނެއެވެ.
(ނ) ކައުންސިލުން ޔުނިވަރސިޓީގެ އެއްވެސް ގަވާއިދެއް ފާސްކޮށްފިނަމަ، އެގަވާއިދަކަށް އަމަލުކުރަން ފަށާނީ، ޔުނިވަރސިޓީގެ ގެޒެޓުގައި އެގަވާއިދެއް ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. ނުވަތަ އެގަވާއިދަކަށް އަމަލުކުރަން ފެށުމަށް އެގަވާއިދުގައި ކަނޑައަޅާފައިވާ ތާރީހުން ފެށިގެންނެވެ.
ޗެޕްޓަރ 9
ޔުނިވަރސިޓީ އުފެއްދުމާ ގުޅިގެން އަމަލުކުރާނޭ ވަގުތީ މާއްދާތައް
46 ވަނަ މާއްދާ - ކޮލެޖްގެ އަސާސީ ގަވާއިދު ބާތިލުވުން
މި ގާނޫނަށް އަމަލުކުރަން ފެށުމުން، ކޮލެޖްގެ އަސާސީ ގަވާއިދު ބާތިލުވީއެވެ.
47 ވަނަ މާއްދާ - ވަގުތީ ޔުނިވަރސިޓީ ކައުންސިލް
(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމުން، ކޮލެޖްގައި އޮތް ކޮލެޖް ކައުންސިލް ވެގެންދާނީ ޔުނިވަރސިޓީގެ ވަގުތީ ކައުންސިލަށެވެ.
(ށ) ޔުނިވަރސިޓީގެ ޗާންސެލަރގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މީހަކު ހަމަޖައްސަންދެން، ޔުނިވަރސިޓީގެ ވަގުތީ ޗާންސެލަރއަކަށް ހުންނާނީ ކޮލެޖްގައި އޮތް ކޮލެޖް ކައުންސިލްގެ ރައީސްގެ މަގާމުގައި ހުރި މީހެކެވެ.
(ނ) ޔުނިވަރސިޓީގެ ވައިސް ޗާންސެލަރގެ މަގާމަށް ކައުންސިލުން މީހަކު ހަމަޖައްސަންދެން ޔުނިވަރސިޓީގެ ވަގުތީ ވައިސް ޗާންސެލަރއަކަށް ހުންނާނީ ކޮލެޖްގެ ރެކްޓަރގެ މަގާމުގައި ހުރި މީހެކެވެ.
(ރ) މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މި ގާނޫނުގެ 10 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން، ޔުނިވަރސިޓީ ކައުންސިލް އެކުލަވާލައި، ވަގުތީ ކައުންސިލް އުވާލަންވާނެއެވެ.
48 ވަނަ މާއްދާ - ކޮލެޖްގެ މުވައްޒަފުންނާއި، ދަރިވަރުން
މި ގާނޫނަށް އަމަލުކުރަން ފެށުމުން ކޮލެޖްގެ މުވައްޒަފުން ވާނީ ސިވިލް ސަރވިސްގައި ނުހިމެނޭ ޔުނިވަރސިޓީގެ މުވައްޒަފުންނަށެވެ. އަދި ދަރިވަރުން ވާނީ ޔުނިވަރސިޓީގެ ދަރިވަރުންނަށެވެ.
49 ވަނަ މާއްދާ - ކޮލެޖްގެ އުސޫލުތައް ނަގުލުކުރުން
މި ގާނޫނަށް އަމަލުކުރަން ފެށުމުން، ކޮލެޖްގެ ކައުންސިލާއި، އެ ކައުންސިލުން އުފައްދާފައިވާ ކޮމިޓީތަކުން ފާސްކޮށްފައިވާ ސިޔާސަތުތަކާއި، ގަވާއިދުތަކާއި، އިރުށާދުތައް މި ގާނޫނާ ތައާރުޒުނުވާނަމަ، ޔުނިވަރސިޓީ ކައުންސިލުން ބަދަލެއް ގެންނަންދެން ޔުނިވަރސިޓީގެ ސިޔާސަތުތަކާއި، ގަވާއިދުތަކާއި، އިރުށާދުތަކުގެ ގޮތުގައި ގާނޫނީ ހައިސިއްޔަތު ލިބިގެންދާނެއެވެ.
50 ވަނަ މާއްދާ - ކޮލެޖްގެ މުދަލާއި، ދަރަނި ނަގުލުވުން
މި ގާނޫނަށް އަމަލުކުރަން ފެށުމުން، ކޮލެޖްގެ މުދަލާއި، ދަރަނި ބަދަލުވެގެންދާނީ ޔުނިވަރސިޓީގެ މުދަލާއި ދަރަންޏަށެވެ.
51 ވަނަ މާއްދާ - ކޮލެޖްގެ ބިންތަކާއި އިމާރާތްތައް
މި ގާނޫނަށް އަމަލުކުރަން ފަށާއިރު، ކޮލެޖްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ބިންބިމާއި އިމާރާތްތަކަކީ ދައުލަތަށް ނިސްބަތްވާ ޔުނިވަރސިޓީގެ ބިންބިމާއި އިމާރާތްތަކެވެ.
52 ވަނަ މާއްދާ - ނުނިމިހުރި މައްސަލަތައް
މި ގާނޫނަށް އަމަލުކުރަން ފަށާއިރު، ކޮލެޖްއިން ބައިވެރިވެފައިވާ އެއްވެސް މައްސަލައެއް ނުވަތަ މުއާމަލާތެއް ނުނިމިވާނަމަ، އެ މުއައްސަސާގެ ބަދަލުގައި އެ މައްސަލައެއް ނުވަތަ މުއާމަލާތެއްގެ ބައިވެރިޔަކަށް ވާނީ ޔުނިވަރސިޓީއެވެ. އަދި ކޮލެޖްއަށް ލިބިގެންވާ ހުރިހާ ބާރަކާއި ހައްގެއް ޔުނިވަރސިޓީއަށް ލިބިގެންވާނެއެވެ.
ޗެޕްޓަރު 10
އެހެނިހެން ކަންތައްތައް
53 ވަނަ މާއްދާ - ސައްހަ ނިންމުންތައް
(ހ) ޔުނިވަރސިޓީގެ ސައްހަ ނިންމުންތައް ކަމުގައި ބަލާނީ، ގާނޫނާ ހިލާފުނުވާ ގޮތެއްގެމަތިން، ނިންމާ ނިންމުންތަކުގެ ތެރެއިން ލިޔުމުން ހުންނަ ތިރީގައި މިބުނާ ނިންމުންތަކެވެ.
- ކައުންސިލްގެ ނިންމުންތައް.
- ކައުންސިލުން އުފައްދާ ކޮމިޓީތަކުގެ ނިންމުންތައް.
- ޗާންސެލަރ ނުވަތަ ވައިސް ޗާންސެލަރގެ ނިންމުންތައް.
(ށ) ޗާންސެލަރ ނުވަތަ ވައިސް ޗާންސެލަރ އައްޔަންކުރުން ސައްހަ ނުވުމުގެ ސަބަބުންނާއި، ކޮމިޓީއަކަށް ގަވާއިދާ ހިލާފަށް އިންތިހާބުކުރެވިފައިވާ މީހަކު ހުރުމުންނާއި، ކޮމިޓީއެއް އެއްކުރުން ގަވާއިދާ ހިލާފުވުމުންނާއި، ކައުންސިލް ނުވަތަ ސެނެޓު ނުވަތަ ކޮމިޓީއަކަށް ހޮވަންޖެހޭ މެންބަރެއް ނުހޮވައި އޮތުމުގެ ސަބަބުން އެފަދަ މީހަކު ނުވަތަ ކޮމިޓީއަކުން ނިންމާ ނިންމުމެއް ބާތިލެއް ނުވާނެއެވެ. (އުނި ކުރެވި / އިތުރު ކުރެވިފައި)
54 ވަނަ މާއްދާ - އަގުދުކުރުން
ޔުނިވަރސިޓީން އަމިއްލަ ފަރާތަކާ ނުވަތަ އަމިއްލަ ކުންފުންޏަކާ ނުވަތަ އެނޫންވެސް ފަރާތަކާއެކު، އަގުދެއް ކުރާނަމަ، އެ އަގުދެއް އޮންނަންވާނީ، ށަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތިން ލިޔެ، ޔުނިވަރސިޓީގެ ސިއްކަ ޖަހާފައެވެ.
55 ވަނަ މާއްދާ - އެކަޑެމިކް ސެނެޓް
(ހ) ޔުނިވަރސިޓީގެ ތައުލީމީ އަދި އިލްމީ ކަންތައްތަކާމެދު މަށްވަރާކޮށް އެކަންކަން މިސްރާބުކޮށް ވާނުވާ ބަލާ އެންމެ އިސް ކޮމިޓީގެ ގޮތުގައި، ކައުންސިލްގެ ގަވާއިދެއްގެ ދަށުން އެކަޑެމިކް ސެނެޓެއް ގާއިމު ކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބުނާ ސެނެޓު އެކުލަވައިލަނީ، އަންނަނިވި މީހުން ހިމެނޭ ގޮތަށެވެ.
- ވައިސް ޗާންސެލަރ.
- މަގާމުގެ ހައިސިއްޔަތުން އައްޔަންކުރާ ޔުނިވަރސިޓީގެ ދަށުގައިވާ ފެކަލްޓީތަކުގެ ޑީނުންނާއި، ޔުނިވަރސިޓީގެ ދަށުގައިވާ އެހެން ސެންޓަރުތަކުގެ އެންމެ އިސްވެރިން.
- ޔުނިވަރސިޓީން އިންތިހާބުކުރާ މެންބަރުން.
- އެބައެއްގެ އިލްމުވެރިކަމާއި ތަޖުރިބާއަށް ބަލައި، މަށްވަރާތަކަށް ހިއްސާކުރެވޭނޭ ހިޔާލުތަކަށްޓަކައި އައްޔަންކުރާ މެންބަރުން.
(ނ) ސެނެޓުގެ މަސްއޫލިއްޔަތު ހަރުދަނާގޮތެއްގައި އަދާކުރުމަށްޓަކައި ސެނެޓުގެ މެންބަރުން އައްޔަންކުރާނެގޮތާއި، ނުވަތަ އިންތިހާބުކުރާނެގޮތާއި، މެންބަރުންގެ އަދަދާއި، މެންބަރުކަމުގެ ދައުރާއި، ޖަލްސާތައް ބާއްވާނޭ ގޮތްތައް ކައުންސިލުން ފާސްކުރާ ގަވާއިދަކުން ހަމަޖައްސަންވާނެއެވެ.
(ރ) ސެނެޓުގެ މަސްއޫލިއްޔަތަކީ ތިރީގައި މިބުނާ ކަންތައްތަކެވެ.
- ތައުލީމީ ކަންތައްތައް ތަރައްގީކުރުމާއި، ދަރިވަރުން ވެއްދުމާއި، އިމްތިހާނުކުރުމާއި، އިލްމީ ދިރާސާކުރުމާއި، ސަނަދުދިނުމާއި، ޔުނިވަރސިޓީގެ ސުލޫކު ހިފެހެއްޓުމާއި، ޔުނިވަރސިޓީގެ މަގްސަދުތައް ހާސިލްކުރުމަށް ބޭނުންވާ ކަންތައްތައް މަށްވަރާކޮށް ކައުންސިލަށް ހުށަހެޅުންތައް ހުށަހެޅުން.
- ކައުންސިލްގެ ގަވާއިދަކުން ސެނެޓާ ހަވާލުކުރާ މަސައްކަތްތަކާއި ކައުންސިލުން ފޮނުވާ ހާއްސަ މައްސަލަތަކާގުޅޭ ގޮތުން ކައުންސިލަށް ރިޕޯޓު ހުށަހެޅުން.
(ބ) ސެނެޓުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ބާރު ސެނެޓަށް ލިބިގެންވެއެވެ. ނަމަވެސް އަންނަނިވި ކަންކަން ނިންމާނީ ކައުންސިލުންނެވެ.
- ތައުލީމީ މަރުކަޒަކާ އެއްބާރުލުމުގެ ގުޅުމެއް ގާއިމުކުރުން.
- ކޮލެޖް، ފެކަލްޓީ ފަދަ ތަނެއް ގާއިމުކުރުން ނުވަތަ އުވާލުން.
56 ވަނަ މާއްދާ - އަހަރީ ރިޕޯޓް
(ހ) ޔުނިވަރސިޓީގެ ހަރަކާތްތަކުގެ މައްޗަށް އެކުލަ ވާލެވޭ އަހަރީ ރިޕޯޓެއް، ކޮންމެ އަހަރެއްގެ އެޕްރީލް މަހުގެ 1 (އެކެއް) ވަނަ ދުވަހުގެ ކުރިން ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށާއި، މަތީ ތައުލީމާބެހޭ ކަންތައްތަކަށް ޒިންމާވާ ވަޒީރަށް ކައުންސިލުން ފޮނުވަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަހަރީ ރިޕޯޓުގައި، އެ ރިޕޯޓުގެ މުއްދަތުގައި ހިނގައި ދިޔަ، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- ޔުނިވަރސިޓީގެ ހާލަތު އަންގައިދޭ މުހިންމު ހަރަކާތްތަކުގެ ކުރު ހުލާސާ.
- ކައުންސިލާއި، ކައުންސިލުން އުފެއްދި ކޮމިޓީތަކުގެ މެންބަރުންނާއި، ހާޒިރީއާއި، ނިންމުނު މުހިންމު ކަންތައްތައް.
- ކިޔަވައިދިނުމާއި، އުނގެނުމުގެ ފެންވަރު މަތިކުރުމަށްޓަކައި ހިންގުނު ހަރަކާތްތައް.
- ޔުނިވަރސިޓީގެ ކޯސްތަކާއި، މުވައްޒަފުންނާއި، ދަރިވަރުންނާބެހޭ ހުލާސާ ތަފާސް ހިސާބުތައް.
- ރިޕޯޓުގައި ހިމެނުމަށް ކައުންސިލުން ނިންމާ އެހެނިހެން މައުލޫމާތު.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓު، ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށާއި، މަތީ ތައުލީމާބެހޭ ކަންތައްތަކަށް ޒިންމާވާ ވަޒީރަކަށް ފޮނުވާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި، ކައުންސިލުން އެ ރިޕޯޓް އާންމުކޮށް ށާއިއުކުރަންވާނެއެވެ.
57 ވަނަ މާއްދާ - ބަދަލުގައި މަގާމުގެ ވާޖިބުތައް އަދާކުރުންމި
ގާނޫނުގައި ވަކި މަގާމެއްގައި ހުންނަ މީހަކު ކުރަންޖެހޭކަމަށް ބުނެފައިވާ ކަންތައްތައް އެ މަގާމެއްގައި މީހަކު ނެތްނަމަ ކުރާނީ، އެ މަގާމެއްގެ ވާޖިބުތައް އަދާކުރަން ހަވާލުވެފައި ހުރި މީހާއެވެ.
58 ވަނަ މާއްދާ - ގާނޫނަށް ބަދަލު ގެނައުމަށް ކައުންސިލުން ހުށަހެޅުން
މި ގާނޫނަށް ކައުންސިލުން ބަދަލެއް ގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭނީ ގެންނަން ފެންނަ ބަދަލެއް ކައުންސިލްގެ ޖަލްސާއަކަށް ހުށަހެޅި އެޖަލްސާގައި ބައިވެރިވި މެންބަރުންގެ ތެރެއިން ތިންބައިކުޅަ ދެބަޔަށް އެ ބަދަލު ގެންނަން ފެންނަ ނަމައެވެ.
59 ވަނަ މާއްދާ - ދުވަސް ގުނުން
މި ގާނޫނުގައި ވަކި މުއްދަތެއް ކަނޑައެޅުމުގައި ދުވަހުން މުއްދަތު ބަޔާންކޮށްފައިވާނަމަ، އެ ދުވަސްތައް ގުނާނީ ރަސްމީ ބަންދު ދުވަސްތައް ނުހިމަނައެވެ.
60 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން
މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
61 ވަނަ މާއްދާ - އިންތިގާލީ ކަންކަން (އިތުރު ކުރެވި / އިސްލާހު ކުރެވިފައި)
(ހ) ގާނޫނު ނަންބަރު 3/2011 (ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ގާނޫނު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި ގާނޫނުގެ ދަށުން އެކުލަވާލާ ފުރަތަމަ ޔުނިވަރސިޓީ ކައުންސިލަށް މެންބަރުން އައްޔަންކޮށް، އަދި އިންތިހާބުކުރަންޖެހޭ މެންބަރުން އިންތިހާބުކުރުމަށްފަހު، އެ ކައުންސިލް އަލުން އެކުލަވާލަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން ކައުންސި ލް އެކުލަވާލުމުގެ ކަންކަން އިންތިޒާމުކޮށް ހަމަޖެއްސުމުގެ މަސައްކަތްކުރާނީ، ޔުނިވަރސިޓީގެ ޗާންސެލަރ އެކަމަށް އައްޔަންކުރާ ވަގުތީ ކޮމިޓީއަކުންނެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކޮމިޓީ އެކުލެވިގެންވާނީ، ޗާންސެލަރާއި ، ވައިސް ޗާންސެލަރު ގެ އިތުރުން، ޔުނިވަރސިޓީގެ މަގާމުތައް ފުރަމުންދާ ފަރާތްތަކުގެ ތެރެއިން ޗާންސެލަރ އައްޔަންކުރާ 4 (ހަތަރެއް) މެންބަރުންގެ މައްޗަށެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދައިން ކައުންސިލް އަލުން އެކުލަވާލުމާއެކު، މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކޮމިޓީ އުވުނީއެވެ.
(ބ) މި މާއްދާގެ (ހ) ގެ ދަށުން ކައުންސިލް އަލުން އެކުލަވާލެވެންދެން، ގާނޫނު ނަންބަރު 3/2011 (ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ގާނޫނު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އޮތް ކައުންސިލް ދެމިއޮންނާނެއެވެ.
62 ވަނަ މާއްދާ - ލަފުޒުތަކާއި އިބާރާތްތަކުގެ މާނަ
މި ގާނޫނުގައި އެ އިބާރާތެއް ހިމެނިފައިވާ ގޮތުން އެހެންގޮތަކަށް ކަނޑައެޅިގެން ދޭހަ ނުވާނަމަ:
"ކައުންސިލް" ކަމަށް ބުނެފައިވަނީ، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ ހިންގުމަށްޓަކައި އުފައްދާފައިވާ ޔުނިވަރސިޓީ ކައުންސިލަށެވެ.
"ވައިސް ޗާންސެލަރ" ކަމަށް ބުނެފައިވަނީ، ޔުނިވަރސިޓީ ހިންގުމަށް އައްޔަންކުރާ އެންމެ އިސްމީހާ އަށެވެ.
"ސެނެޓު" ކަމަށް ބުނެފައިވަނީ، އެކަޑެމިކް ސެނެޓަށެވެ.
"ސެކިޔުރިޓީސް" ކަމަށް ބުނެފައިވަނީ، ސެކިއުރިޓީ އެކްސްޗޭންޖްގައި ނުވަތަ މާރކެޓްގައި ނުވަތަ އެކަމަށް އާންމުގޮތެއްގައި ގަބޫލުކުރެވޭ ދާއިރާއެއްގެ ތެރޭގައި ބޭނުންކުރުމަށް އެ ގެންގުޅޭ މީހަކަށް، ނުވަތަ ރަޖިސްޓަރީ ކުރެވިފައިވާ ފަރާތަކަށް، އިންވެސްޓްމަންޓަކަށް ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައި، ބިލް އޮފް އެކްސްޗޭންޖް ނުހިމެނޭ ގޮތަށް، ދޫކުރެވޭ ލިޔުމަށެވެ.
"ޔުނިވަރސިޓީ" ކަމަށް ބުނެފައިވަނީ، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ އަށެވެ.
"ކޮލެޖް" ކަމަށް ބުނެފައިވަނީ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭށަނަށް ނިސްބަތްވާ ހުރިހާ ކެމްޕަސް، ފެކަލްޓީ، ސެންޓަރު، އޮފީސްފަދަ ތަންތަނަށެވެ. އެހެންނަމަވެސް މި ގާނޫނުގެ 2 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ، "ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާ"، "ކޮލެޖް" ގެ މާނައިގެ ތެރެއަކު ނުހިމެނެއެވެ.
"ތައުލީމީ މަރުކަޒު" ކަމަށް ބުނެފައިވަނީ، ތައުލީމީ ނުވަތަ އިލްމީ ހިދުމަތްދޭ އެންމެހައި ތަންތަނާއި އިލްމީ ދިރާސާތައް ކުރާ އެންމެހައި މަރުކަޒުތަކާއި އިދާރާތައް ހިމެނޭ ގޮތުގެމަތިންނެވެ.
"ޗާންސެލަރ" ކަމަށް ބުނެފައިވަނީ، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ޗާންސެލަރއަށެވެ.
"ޑީން" ކަމަށް ބުނެފައިވަނީ، ޔުނިވަރސިޓީގެ ފެކަލްޓީއެއް ހިންގުމަށްޓަކައި ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް އައްޔަންކުރެވޭ އެކަޑެމިކް އެންމެ އިސް މުވައްޒަފަށެވެ.
"މަތީ ތައުލީމާބެހޭ ގައުމީ މަޖިލިސް" ކަމަށް ބުނެފައިވަނީ، މަތީ ތައުލީމާގުޅޭ އެންމެހައި ސިޔާސަތުތައް ކަނޑައަޅައި ވިލަރެސްކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އުފައްދާ މަޖިލީހަށެވެ. (އިތުރު ކުރެވިފައި)
"މަތީ ތައުލީމާބެހޭ ކަންތައްތަކަށް ޒިންމާވާ ވަޒީރު" ކަމަށް ބުނެފައިވަނީ، ދިވެހިރާއްޖޭގެ މަތީ ތައުލީމާގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ ޒިންމާ އެއިރެއްގައި ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ. (އިތުރު ކުރެވިފައި)
މައި ގާނޫނު
ގައުމީ ޔުނިވަރސިޓީގެ ގާނޫނު (ގާނޫނު ނަންބަރު 03/2011)
ކިޔުންތެރިންގެ ހިޔާލު