-

ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު

(އެހެނިހެން ނަންބަރު 2010-02)

(މި މިންގަނޑަށް އަމަލުކުރަން ފެށީ 2 ފެބްރުއަރީ 2010 ގައި)

 

ފެށުން

ދިވެހިރާއްޖޭގައި ހިންގާ އެންމެހައި ށަރީއަތްތައް ހިންގަންވާނީ ވަކި ފަރާތަކަށް ނުޖެހި، އަދުލުވެރިކަމާއި، ހަމަހަމަކަމާއި، ހާމަކަމާއި އިންސާފުވެރިކަމާ އެކުގައި ކަމަށާއި، އަދި ފަނޑިޔާރުންނަކީ މުސްތަގިއްލު ބައެއްކަމަށާއި، ށަރީއަތްކުރުމުގައި ފަނޑިޔާރުން އަމަލު ކުރަންވާނީ ވަކި ފަރާތަކަށް ނުޖެހި ވަކިފަރާތަކުން ދައްކާފާނެ ބިރަކަށް ޖެހިލުންނުވެ ޒާތީ ތައައްސުބުން އެއްކިބާވެ ތިބެ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިންކަމަށް ގާނޫނުއަސާސީ ލާޒިމުކުރާ ހިނދު، އަދި

ފަނޑިޔާރުން ރަސްމީ އައިތިއްޔަތުންނާއި އަމިއްލަ ހައިދިއްޔަތުން ކުރާ އެއްވެސް ކަމަކުން، ނުވަތަ ހިންގާ ހަރަކާތަކުން ނުވަތަ ދައްކާ ވާހަކައަކުންވިޔަސް ށަރުއީ ދާއިރާގެ މައްޗަށް އާންމުންގެ ހިތުގައި ށައްކު އުފެދި، ށަރުއީ ދާއިރާގެ ގަދަރާއި ހައިބަތާއި އިތުބާރު ގެއްލޭފަދަ އެންމެހައި ކަންކަމާއި އަމަލުތަކުން ދުރުހެލިވުމާއި ހުރިހާ ވަގުތެއްގައިވެސް، އަދި ހުރިހާ ހާލަތެއްގައިވެސް ށަރުއީ ދާއިރާގެ މިނިވަންކަން ދެމެހެއްޓުމަކީ ލާޒިމުކަމަކަށްވާއިރު ކޮންމެ ފަނޑިޔާރަކުމެ އެމީހެއްގެ އަމަލުތައް ބަހައްޓަންވާނީ އަޚްލާގީގޮތުން މުޖުތަމައަށް ގަބޫލުކުރެވޭ ފެންވަރުގައި ކަމަށް ވީހިނދު، އަދި

މިނިވަން މުސްތަގިއްލު ކޯޓެއްގައި އިންސާފުން ށަރީއަތްކުރެވުމަކީ ކޮންމެ މީހަކަށް ލިބިފައިވާ އަސާސީ ހައްގަކަށްވެފައި މި ހައްގު ފުރިހަމައަށް ލިބިދިނުމަށްޓަކައި ފަނޑިޔާރުންނަކީ ވަކި ފަރާތަކަށް ނުޖެހޭ، މިނިވަން މުސްތަގިއްލު، އަދި އިންސާނީ ހައްގުތައް ދަމަހައްޓާ ރައްކާތެރިކުރުމަށް މަސައްކަތްކުރާ ބައެއްކަން ކަށަވަރު ކުރުމަށްޓަކައި މިންގަނޑުތަކެއް ކަނޑައަޅައި ހިފެހެއްޓުމަކީ ކޮންމެހެން ލާޒިމުކަމަކަށް ވީހިނދު،

މިއީ ފަނޑިޔާރުންގެ އަމަލުތައް ބެހެއްޓުމާބެހޭގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 159 ވަނަ މާއްދާގެ (ނ) ގެ 2 ވަނަ ނަންބަރުންނާއި، ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަންގެ ގާނޫނު) ގެ 21 ވަނަ މާއްދާގެ (ނ) ގެ 2 ވަނަ ނަންބަރުން ޖުޑީށަލް ސަރވިސް ކޮމިށަނަށް ލިބިދީފައިވާ ބާރުގެ ދަށުން އެކުލަވާލެވިފައިވާ ދިވެހިރާއްޖޭގެ ށަރުއީ ކޯޓުތަކުގެ ފަނޑިޔާރުން އެމައްޗަށް އަމަލު ކުރުމަށް ލާޒިމްކުރާ ސުލޫކީ މިންގަނޑު ތަކެވެ.

ސުލޫކީ މިންގަނޑުތަކަށް ދިވެހިރާއްޖޭގެ ށަރުއީ ދާއިރާގެ އެންމެހައި ފަނޑިޔާރުން ފުރިހަމައަށް ތަބާވާންވާނެއެވެ.

ޖުޑީށަލް ސަރވިސް ކޮމިށަނުން މި ސުލޫކީ މިންގަނޑުތައް ފާސްކޮށްފައިމިވަނީ، ހިޖުރީ ސަނަތުން 13 މުހައްރަމް 1431، މީލާދީ ސަނަތުން 30 ޑިސެމްބަރ 2009 ވަނަ ދުވަހު ބޭއްވުނު ޖުޑީށަލް ސަރވިސް ކޮމިށަނުގެ 32 ވަނަ ޖަލްސާއިންނެވެ.

 

 

އުސޫލު  1: މިނިވަންކަން

 

 

މިންގަނޑު

އަދުލުއިންސާފު ގާއިމުކުރުމުގެ ދާއިރާގެ މިނިވަންކަމަކީ، ގާނޫނުގެ ވެރިކަން ހިންގުމުގައާއި، އަދުލުވެރިކަމާއެކ ުށަރީއަތް ކުރެވުނުކަން ކަށަވަރުކުރުމުގައި އެންމެ ފުރަތަމަ ށަރުތު ކަމަށްވުމާއެކު، ުފަނޑިޔާރުން، އެމީހުންގެ އަމިއްލަ ހައިޘިއްޔަތުންނާއި ފަނޑިޔާރެއްގެ ހައިޘިއްޔަތުން އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާގެ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަށް، އަބަދުވެސް އިސްކަންދޭން ޖެހޭނެއެވެ.

 

އަމަލުކުރާނެ ގޮތް

1.1. ށަރީއަތް ހިންގުމާއި އަދުލުއިންސާފު ގާއިމުކުރުމުގައި، ފަނޑިޔާރުން އަމަލުކުރާނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކަށެވެ. ގާނޫނުއަސާސީއާއި ގާނޫނުގައި ވަކިގޮތެއް ކަނޑައަޅާފައިނުވާ ކަންކަން ނިންމުމުގައި އިސްލާމީ ށަރީއަތުގައި އެކަމެއް ކަނޑައެޅިފައިވާ ގޮތަށް ފަނޑިޔާރުން ރިއާޔަތް ކުރަންވާނެއެވެ. މީގެ އިތުރުން، ފަނޑިޔާރުން އެމީހުންގެ ވާޖިބު އަދާކުރަންވާނީ މިނިވަންކަމާއެކު، ވަކިފަރާތަކަށް ނުޖެހި، ވަކިފަރާތަކުން ކިޔާފާނެ ފާޑުކިޔުމަކަށް ނުވަތަ ދައްކަފާނެ ބިރަކަށް ޖެހިލުންވުމެއްނެތި، ޒާތީ ތައައްސުބުން އެއްކިބާވެތިބެ، ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ފަނޑިޔާރަކަށް ފެންނަ އެންމެ އިންސާފުވެރި ގޮތަކަށެވެ.

1.2 ފަނޑިޔާރުން ވާންވާނީ، އެންމެހައި ނުފޫޒުތަކުން އެއްކިބާވެ ތިބޭ، ޚާއްސަކޮށް އެ ފަނޑިޔާރެއްގެ ކުރިމައްޗަށް ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ ޚަސްމުންގެ ކިބައިން ފުރިހަމައަށް މިނިވަންވެ ތިބޭ ބަޔަކަށެވެ.

1.3 އަމިއްލަ ފަރުދަކުވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކުވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި، ނުފޫޒު ފޯރުވުމުގެ ފުރުސަތު ދީގެންނުވާނެއެވެ. އަދި މިފަދަ އަމަލެއް ކުރުމުގެ ފުރުސަތު އެއްވެސް މުވައްޒަފަކަށް ނުވަތަ ފަނޑިޔާރެއްގެ އަމުރުގެ ދަށުގައިވާ އެހެން ފަރާތަކަށްވިޔަސް، ދީގެން ނުވާނެއެވެ.

1.4 ފަނޑިޔާރަކު އޭނާގެ އަމިއްލަ މަސްލަހަތު އޮތް އެއްވެސް ށަރީއަތެއްގައި ފަނޑިޔާރުކަން ކޮށްގެން ނުވާނެއެވެ.

1.5 ފަނޑިޔާރުން ވާންވާނީ، ވެރިކަން ހިންގުމުގެ ބާރާއި، ގާނޫނު ހެދުމުގެ ބާރުގެ ނުފޫޒުން ފުރިހަމައަށް އެއްކިބާވެގެންވާ ބަޔަކަށެވެ. އަދި އެ މީހެއްގެ ކުރިމައްޗަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި ފަނޑިޔާރުންގެ އަމަލުތައް ބަހައްޓަންވާނީ އެ ފަނޑިޔާރަކީ، ވަކިފަރާތަކަށް ނުޖެހި، ތައައްސުބުން އެއްކިބާވެފައިވާ ފަނޑިޔާރެއްކަން، އާންމުކޮށް ގަބޫލުކުރެވޭ ފަދަ ގޮތަކަށެވެ.

1.6 ދެންނެވިފައިވާ ގޮތަށް، ފަނޑިޔާރުން ވަޒީފާ އަދާކުރުމުގައި، ވަކި ފަރާތަކަށް ބުރަނުވެ، ވިސްނުންތެރިކަމާއެކު ގާނޫނުގައިވާ ގޮތުގެ މަތިން، ފަނޑިޔާރުންނާ އެނޫންވެސް ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެ ތިބެ، ފުރިހަމަ މިނިވަންކަމާއި ތެދުވެރިކަމާއެކުގައެވެ.

1.7 ފަނޑިޔާރުން އެމީހުންގެ ވާޖިބު އަދާކުރުމުގައި، ފަނޑިޔާރެއްގެ މަގާމުގެ ގަދަރާއި، ހައިބަތާއި، މިނިވަންކަން ހިފެހެއްޓުމަށްޓަކައި، އަޅަންޖެހޭ ފިޔަވަޅުތައް ތެދުވެރިކަމާއެކު އަޅަންވާނެއެވެ.

1.8 އަދުލުއިންސާފު ގާއިމުކުރުމުގެ ދާއިރާގެ މިނިވަންކަން ރައްކާތެރިކުރުމަށާއި، އެ ނިޒާމާއި ދާއިރާގެ ހައިބަތާއި ގަދަރު ހިމާޔަތްކުރުމަށާއި އާންމުންގެ މެދުގައި، އިތުބާރާ ޔަގީންކަން އުފައްދައި، ދެމެހެއްޓުމަށްޓަކައި، ކޮންމެ ފަނޑިޔާރަކުމެ އެ މީހެއްގެ އަމަލުތައް ބަހައްޓަންވާނީ އަޚްލާގީގޮތުން އެކަށީގެންވާ ފެންވަރެއްގައެވެ. މިގޮތުން އާންމު ރައްޔިތަކަށްވީތީ އެމީހަކަށް ކުރެވޭނެކަމަށް މުޖުތަމައު ގަބޫލުކުރާ، ނަމަވެސް، ފަނޑިޔާރަކަށްވީތީ، އެކަމެއް ކޮށްގެން ނުވާނެކަމަށް މުޖުތަމައު ގަބޫލުކުރާ ކޮންމެ އަމަލަކުން، ދުރުހެލިވާންވާނެއެވެ.

 

 

އުސޫލު 2: ވަކިފަރާތަކަށްނުޖެހުން

މިންގަނޑު

އަދުލުއިންސާފު ގާއިމުކުރުމުގެ ދާއިރާގެ މިނިވަންކަމަކީ، ގާނޫނުގެ ވެރިކަން ހިންގުމުގައާއި، އަދުލުވެރިކަމާއެކު ށަރީއަތް ކުރެވުނުކަން ކަށަވަރުކުރުމުގައި އެންމެ ފުރަތަމަ ށަރުތު ކަމަށްވުމާއެކު، ފަނޑިޔާރުން، އެމީހުންގެ އަމިއްލަ ހައިޘިއްޔަތުންނާއި  ފަނޑިޔާރެއްގެ ހައިޘިއްޔަތުން އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާގެ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަށް، އަބަދުވެސް އިސްކަންދޭން ޖެހޭނެއެވެ.

 

އަމަލުކުރާނެ ގޮތް

2.1 ފަނޑިޔާރުން، އެމީހުންގެ ވާޖިބު އަދާކުރަންވާނީ، ތައައްސުބުން އެއްކިބާވެހުރެ ހަމަހަމަކަމާއި މުސްތަގިއްލުކަމާއެކު ވަކިފަރާތަކަށް ނުވަތަ ވަކިފަރާތެއްގެ މަސްލަހަތަށް އިސްކަންދިނުމަކާނުލައެވެ.

2.2 ކޯޓުގައާއި ކޯޓުން ބޭރުގައި، ފަނޑިޔާރުންގެ އަމަލުތައް ބަހައްޓަންވާނީ ގާނޫނީ އަދި ށަރުއީ ދާއިރާގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކާއި، މައްސަލަތަކުގައި ހިމެނޭ ޚަސްމުންނާއި، އާންމުންގެ މެދުގައި، އަދުލުއިންސާފު ގާއިމުކުރާ ދާއިރާގެ އިތުބާރު ދެމެހެއްޓޭފަދަ ގޮތަކަށެވެ. މިގޮތުން، އެއްވެސް ފަނޑިޔާރަކު، ކޯޓަށް ހުށަހެޅިފައިވާ ނުވަތަ ހުށަހެޅިދާނެކަމަށް ލަފާކުރެވޭ މައްސަލައެއްގައި އެއްވެސް ފަރާތަކަށް، އެއްވެސް ކަހަލަ ލަފައެއް ނުވަތަ މަށްވަރާއެއް ދީގެންނުވާނެއެވެ.

2.3 ކޯޓަކަށް ހުށަހެޅިފައިވާ ނުވަތަ ހުށަހެޅިދާނެ މައްސަލައެއްގެ ހުކުމަށް އެއްވެސް އަސަރެއް ކޮށްފާނެ ފަދަ ނުވަތަ މައްސަލައެއް އިންސާފުވެރިކަމާއެކު ބެލުމަށް ހުރަސްއެޅޭފަދަ ލަފައެއް ނުވަތަ މަށްވަރާއެއް ނަމަވެސް، ފަނޑިޔާރަކު އެއްވެސް ފަރާތަކަށް ދީގެންނުވާނެއެވެ.

2.4 ށަރީއަތް ކުރުމުގައި ފަނޑިޔާރު ބަލަންވާނީ ށަރީއަތަށް ހުށަހެޅޭ ހެއްކާއި ގަރީނާއަށެވެ.

 

 

އުސޫލު 3: އިންޓެގްރިޓީ

މިންގަނޑު

ތެދުވެރިކަމާއި އިޚްލާސްތެރިކަމާއި އަމާނާތްތެރިކަމަކީ ފަނޑިޔާރުން މަގާމުގެ ވާޖިބު ފުރިހަމައަށް އަދާކުރުމުގައ ި ކޮންމެހެން ހުންނަންޖެހޭ ސިފައެކެވެ.

 

އަމަލުކުރާނެ ގޮތް

3.1 ފަނޑިޔާރުންގެ އަމަލުތައް ބަހައްޓަންވާނީ، އެމީހުންގެ ތެދުވެރިކަމާއި އިޚްލާސްތެރިކަމާއި އަމާނާތްތެރިކަމާމެދު އާންމުންގެ މެދުގައި ސުވާލު ނުއުފެދޭ ފެންވަރަކަށެވެ.

3.2 ފަނޑިޔާރުންގެ އަޚްްލާގީ މިންގަނޑު ބަހައްޓަންވާނީ، ށަރުއީ ދާއިރާގެ ތެދުވެރިކަމާއި އިޚްލާސްތެރިކަމާއި އަމާނާތްތެރިކަމާމެދު އާންމުންގ ެ މެދުގައ ި އިތުބާރުކުރެވޭފަދަ މަތީ ދަރަޖައަކަށެވެ.

3.3 މި ސުލޫކީ މިންގަނޑާ ޚިލާފުވެވިއްޖެކަމަށް ނުވަތަ އޭނާ އަދާކުރަންޖެހޭ މަސްއޫޫލިއްޔަތުތައް އަދާނުކުރެވޭފަދަ ހާލަތެއް މެދުވެރިވެއްޖެކަމަށް އެ ފަނޑިޔާރަކަށް ގަބޫލުކުރެވިއްޖެނަމަ އެ ފަނޑިޔާރަކު އެކަން ޖުޑީށަލް ސަރވިސް ކޮމިށަނަށް އަންގަންވާނެއެވެ.

 

 

އުސޫލު 4: ހިތްތިރިކަމާ ރިވެތި އަޚްލާގު

މިންގަނޑު

ހިތްތިރި، ރަނގަޅު، މާތް، ހިތްތިރި. ރަނގަޅު، "ފެނުމަކީ ފަނޑިޔާރަށް ލިބެންވާ، ގަދަރު ލިބިގެންދާނެ ކަމެކެވެ.

 

އަމަލުކުރާނެ ގޮތް

4.1 ފަނޑިޔާރުންނަކީ، އަމަލުތައް ބަހައްޒަންވާ، ހިތްތިރި، ރަނގަޅު، ބައެއްކަން ދޭހަވާ ގޮތަށް، ކޯޓުތަކުގައި ވަކާލާތުކުރަން، އާންމު ރައްޔިތުންނާ ގުޅުންތައް ބަހައްޓަންވާނީ، ވަކިފަރާތަކަށް، ތައައްސުބެއް ދޭހަ ނުވާ ގޮތަށެވެ.

4.2 ފަނޑިޔާރަކު، ލިބޭ، ނާޖާއިޒު ގޮތުގައި ބޭނުން ކޮށްގެން ނުވާނެއެވެ. ވަޒީފާގެ ހައިޘިއްޔަތުން ލިބިފައިވާ، ފަރުދެއްގެ، ހިމެނޭ ވާހަކަތައް ށަރީއަތުން ބޭރުގައި ހާމަކޮށްގެން ނުވާނެއެވެ. އަދި ށަރީއަތުގެ މަޖިލީހުގައިވެސް، ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނުވާނެއެވެ.

4.3. ފަނޑިޔާރަކު އެމީހެއްގެ މަގާމުގެ ހައިޘިއްޔަތުން ލިބޭ މައުލޫމާތު، ނާޖާއިޒު ގޮތުގައި ބޭނުން ކޮށްގެންނުވާނެއެވެ. މިގޮތުން ފަނޑިޔާރަކަށް އެމީހެއްގެ ވަޒީފާގެ ހައިޘިއްޔަތުން ލިބިފައިވާ މައުލޫމާތުތަކާއި، ފަރުދެއްގެ އަމިއްލަ މަސްލަހަތު ހިމެނޭ  ްވާހަކަތައް ށަރީއަތުން ބޭރުގައި ހާމަކޮށްގެން ނުވާނެއެވެ. އަދި ށަރީއަތުގެ މަޖިލީހުގައިވެސް އެފަދަ މައުލޫމާތެއް  ނަހަމަގޮތުގައި ބޭނުންކޮށްގެން ނުވާނެއެވެ.

4.4. ފަަނޑިޔާރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާހާ ހިނދަކު، އެއްވެސްފަރާތަކަށް ގާނޫނީގޮތުން ލަފައެއްދީ އެފަދަ އެއްވެސް މަސައްކަތެއް ކޮށްދީގެން ނުވާނެއެވެ.

4.5 ފަަނޑިޔާރުކަމުގެ ވަޒީފާގެ އިތުރުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާ ފުށުނާރާހާ ހިނދަކު އަންނަނިވި  ކަންކަންކުރުމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ފުށުއަރާކަމެއް ނޫނެވެ. 

4.5.1 ގާނޫނީ އަދި ށަރުއީ ކަންތައްތަކާ ގުޅުންހުރި، އަދި ށަރުއީ ދާއިރާ ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމާއި، ކިޔަވައިދިނުމާއި، ފޮތްލިޔުމާއި، މަޒުމޫނު ލިޔުންފަދަ އިލްމީ މަސައްކަތްތައްކުރުން.

4-5.2 ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ޖުޑީށަލް ސަރވިސް ކޮމިށަންގެ މެންބަރުކަންކުރުން.

4-5.3 އަދުލުއިންސާފު ގާއިމުކުރުމުގެ ދާއިރާގެ ހައިބަތަށާއި، ފަނޑިޔާރެއްގެ މަގާމާއި، ނަމަށް އުނިކަން ނާންނަފަދަ ގޮތަކަށް ކުރާ ކޮންމެ ކަމެއް ކުރުމާއި، އަދި އެކަމެއް ކުރުމުގެ ސަބަބުން، ފަނޑިޔާރެއްގެ މަގާމުގެ ވާޖިބު އަދާކުރުމަށް ހުރަސްނޭޅޭ ކޮންމެ ކަމެއް ކުރުން.

4-5.4 ށަރުއީ ދާއިރާއާ ގުޅުންހުރި، ނުވަތަ ފަނޑިޔާރުންގެ މަސްލަހަތާ ގުޅުންހުރި ޖަމްއިއްޔާއެއްގައި ހަރަކާތްތެރިވުމާއި އެކިއެކި އިލްމީ ސެމިނާރ ވާރކްށޮޕްފަދަ ކަންކަމުގައި ބައިވެރިވުން.

4.6 ފަނޑިޔާރުން، އެއްވެސް ކަމެއްގައި، ރިށްވަތެއް ނުވަތަ ރިށްވަތަކަށްވެދާނެ އެއްވެސް ކަމެއްކޮށް ނުވަތަ އެއްވެސް އެއްޗެއް ބަލައިގަނެގެން ނުވާނެއެވެ. އަދި، ފަނޑިޔާރަކު މިފަދަ ކަމެއް ކުރި ނުވަތަ ކުރާކަން އެނގިއްޖެނަމަ، އެކަމެއް ހުއްޓުވަން މަސައްކަތްކުރަންވާނެއެވެ.

4.7 ފަނޑިޔާރުން ށަރީއަތަކާ ގުޅުންހުރި އެއްވެސް ކަމެއްގައި ކޯޓުގެ މުވައްޒަފަކު ނުވަތަ އެނޫންވެސް ފަރާތެއް މެދުވެރިކޮށް، އެއްވެސް ހަދިޔާއެއް ނުވަތަ ލޯނެއް ނުވަތަ އެނޫންވެސް މަންފާއެއް ލިބިގަނެގެން ނުވާނެއެވެ.

4.8 ކޮންމެ ފަނޑިޔާރަކުމެ، ކޮންމެ އަހަރަކު އެއްފަހަރު އެމީހެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް ޖުޑީށަލް ސަރވިސް ކޮމިށަނުން ތައްޔާރު ކޮށްފައިވާ ފޯމެޓަކާ އެއްގޮތަށް ތައްޔާރުކޮށް، އެ ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

4-8 ފަނޑިޔާރުން ވާންވާނީ ސިޔާސީ އެންމެހައި ނުފޫޒުތަކުން އެއްކިބާވެފައިވާ ބަޔަކަށެވެ. އަދި، އެއްވެސް ހާލަތެއްގައި، ފަނޑިޔާރަކު އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެ ސިޔާސީގޮތުން ވަކިފަރާތަކަށް ޖެހިގެންނުވާނެއެވެ. އަދި، ސިޔާސީގޮތުން ވަކިފަރާތަކަށް ޖެހުމަށް، އެއްވެސް ފަރާތަކަށް ހިތްވަރުދީ ވާހަކަދައްކައި ހަދައިގެންވެސް ނުވާނެއެވެ.

4.9 ވަސީ ފަނޑިޔާރުން ސިއްރު ސިއްރުން ހިންގާ ތަހުގީގު ތަކުގައި ހާޒިރުވާ ޚަސްމުންނާއި، އެނޫންވެސް ބޭނުންތަކުގައި ކޯޓަށް ހާޒިރުވާ ފަރާތްތަކާމެދު، ށަރީއަތުގެ މަޖިލީހުގެ ތެރޭގައްޔާއި، ކޯޓުގެ ތެރޭގައި، ފަނޑިޔާރުން އަމަލު ކުރަންޖެހޭނީ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

 

އުސޫލު 5: ހަމަހަމަކަން

 

މިންގަނޑު

ށަރީއަތުގެ ކުރިމަ ތީގައި ހަމަހަމަކަން، "ކަހަވަރުކުރުމަކީ ފަނޑިޔާރުންގެ ވާޖިބު ފުރިހަމަގޮތުގައި އަދާކުރުމުގައި، ކޮންމެހެން ލާޒިމުކަމެކެވެ.

 

އަމަލުކުރާނެ ގޮތް

5.1 އެކިކަންކަމުގައި ކޯޓަށް ހާޒިރުވާ ފަރާތްތަކާމެދު ފަނޑިޔާރުން، އެއްވެސް ވަރެއްގެ ތަފާތުކުރުމެއް ގެންގުޅެގެން ނުވާނެއެވެ. އަދި ހިތެ، އެފަދަކަމެއް ކޯޓުގެ މުވައްޒަފަކު ކުރާނަމަ، އެމުވައްޒަފެއްގެ ކިބައިން އެކަމެއް ހުއްޓުވަންވާނެއެވެ.

5.2 ފަނޑިޔާރުން އެމީހުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ވަކި މީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ގައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ އުމުރަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ އެމީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރިކަމަކަށް، ނުވަތަ ނިސްބަތްވާ އާއިލާއަށް، ނުވަތަ އުފަންރަށަށް، ނުވަތަ މިނޫންވެސް ކަމަކަށް ބަލައި، އެއްވެސް ތަފާތުކުރުމެއް ގެންގުޅެގެން ނުވާނެއެވެ.

5.3 ފަނޑިޔާރުން އެމީހުންގެ މަގާމުގެ ވާޖިބު އަދާކުރުމުގައި، އެފަނޑިޔާރެއްގެ ކުރިމައްޗަށް ހުށަހެޅިފައިވާ މައްސަލައެއްގައި، ހިމެނޭ އެއްވެސް ފަރާތަކުން، ކުރާ އަމަލަކުން، ނުވަތަ ބުނާ ބަހަކުން، ނުވަތަ އެނޫން ގޮތަކުންވިޔަސް، ނަހަމަގޮތުގައި، އެއްވެސް ފަރާތެއްގެ މަސްލަހަތަށް ގެއްލުމެއް ލިބިދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެކަމެއް ވަގުތުން ހުއްޓުވަންވާނެއެވެ.

 

އުސޫލު 6: ހުނަރާއި ކުޅަދާނަކަން.

 

މިންގަނޑު

ށަރީއަތްކުރުމުގެ ހުނަރުވެރިކަމާއި، ކުޅަދާނަކަމަކީ ފަނޑިޔާރުންގެ ވާޖިބު ފުރިހަމަ ގޮތުގައި އަދާކުރުމަށް، ކޮންމެހެން ބޭނުންވާ ކަންކަމެވެ.

 

އަމަލުކުރާނެ ގޮތް

6.1 ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ކޮންމެ ފަނޑިޔާރަކުވެސް އޭނާގެ ހުރިހައި ވަގުތުތަކެއް ތަޚްސީސްކުރަންވާނެއެވެ. މިގޮތުން އެންމެ މުހިންމުކަމެއް ދޭންވާނީ އެމީހެއްގެ މަގާމުގެ ވާޖިބުތައް އަދާކުރުމަށެވެ.

6.2 ކޮންމެ ފަނޑިޔާރަކުމެ އެމީހަކު ބެލުމަށް ހަވާލުކުރެވިފައިވާ ހުރިހާ މައްސަލަތައް ލަސްނުކޮށް ބަލައި ނިންމުމަށް މަސައްކަތް ކުރަންވާނެއެވެ. އަދި މައްސަލަ ނިމުމާއެކު އެއާ ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައްތައްވެސް އަވަހަށް ނިންމަންވާނެއެވެ.

6.3 ފަނޑިޔާރެއްގެ ވާޖިބު ފުރިހަމައަށް އަދާކުރުމަށްޓަކައި ބޭނުންވާ ތައުލީމާއި، ތަމްރީނާއި ހުނަރު އަދި ސިފަތައް ހޯދައި ލިބިގަނެ، ށަރުއީ އަދި ގާނޫނީ ދާއިރާއާ ބެހޭ އާންމު މައުލޫމާތު މުއްސަނދިކޮށް، އެދާއިރާއާ ގުޅޭ އެކިއެކި ދިރާސާތައް ކުރުމަށް ކޮންމެ ފަނޑިޔާރަކުވެސް މަސައްކަތް ކުރަންވާނެއެވެ. އަދި ފަނޑިޔާރުންގެ ގާބިލިއްޔަތު އިތުރުކުރުމަށް ތަނަވަސްކޮށްދެވޭ ފުރުސަތުތަކުގެ ބޭނުން ހިފަންވާނެއެވެ.

6.4 ފަނޑިޔާރުން ވަޒީފާ އަދާކުރުމުގައި ފަރުވާތެރިވާންވާނެއެވެ. އަދި މުޖްތަމައުގައި އަދުލުއިންސާފު ގާއިމުކުރުމުގެ ދާއިރާގެ ހައިބަތު ގެއްލިދާފަދަ ގޮތަކަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނުވާނެއެވެ.

6.5 ފަނޑިޔާރުންގެ ވާޖިބު އަދާކުރުމުގައި ފަރުވާކުޑަ ނުކުރުމަށާއި ޒަރޫރީ ބޭނުމަކަށްޓަކައިމެނުވީ ރަސްމީ ގަޑީގައި އެއްވެސް އަމިއްލަ ކަމެއް ކޯޓުގައިވެސް އަދި ކޯޓުން ބޭރުގައިވެސް ނުކުރުމަށާއި އާންމުކޮށް ހުރިހާ އެންމެންނަށްވެސް ގަބޫލުކުރެވޭ ފަދަ ށަރަފުވެރި މިންގަނޑެއްގެ ތެރޭގައި އުޅުމަށާއި، ވާހަކަދެއްކުމުގެ ސުލޫކު ދަމަހައްޓަންވާނެއެވެ.

6.6 ފަނޑިޔާރެއްގެ ވާޖިބު ފުރިހަމައަށް އަދާކުރުމަށްޓަކައި، ބައިނަލްއަގްވާމީ ގޮތުން ގާނޫނީ ދާއިރާއަށް އަންނަ ކުރިއެރުންތަކާއި އަދި ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަގްވާމީ މުއާހަދާތަކުގެ މައުލޫމާތު ހޯދައި ލިބިގަނެ، އިންސާނީ ށަރަފާއި، ހަމަހަމަކަމާއި، މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ ދިމިގްރާތީ މުޖުތަމައުތަކުން ގަބޫލުކުރާ އުސޫލުތަކަށް ރިއާޔަތްކޮށް އެ އުސޫލުތައް ނަގަހައްޓަންވާނެއެވެ.

 

 

އުސޫލު 7: ސިޔާސީ ހަރަކާތުން އެއްކިބާވުން

 

މިންގަނޑު

ސިޔާސީ ހަރަކާތްތަކަކީ، "މިނިވަންކަމާއި ވަކިފަރާތަކަށް ނުޖެހުމާއި، މުސްތަގިއްލުކަމުން އެއްކިބާކުރަނިވި ކަންކަމަށްވުމާއެކު، ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވުމަކީ، މިނިވަންކަމާއި މުސްތަގިއްލުކަމާއެކު ވަކިފަރާތަކަށް" ބުރަނުވެ ފަނޑިޔާރުންގެ ވާޖިބު އަދާކުރުމަށް ކޮންމެހެން ލާޒިމުކަމެކެވެ.


އަމަލުކުރާނެ ގޮތް

7.1 ފަނޑިޔާރުން، އެ މީހުންގެ ވާޖިބު އަދާކުރަންވާނީ ސިޔާސީ ނުފޫޒުން އެއްކިބާވެތިބެ، އަދި އެފަދަ އެއްވެސް ނުފޫޒަކަށް ލެނބޭނެ ބައެއް ނޫންކަން އާންމު ރައްޔިތުންނަށް ދޭހަވާފަދަ ގޮތަކަށެވެ. އަދި، ފަނޑިޔާރުން ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވުމާއެކު ފަނޑިޔާރުން އާންމު ދިރިއުޅުމުގައިވެސް އަމަލުތައް ބަހައްޓަންވާނީ އެއްވެސް ސިޔާސީ ނުފޫޒަކަށް ލެނބޭނެ ބައެއް ނޫންކަން އާންމު ރައްޔިތުންނަށް ދޭހަވާފަދަ ގޮތަކަށެވެ.

7.2 މި މިންގަނޑުތަކުގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުންވެސް، އާންމު ރައްޔިތުންގެ ނަޒަރުގައި، އެކަމަކީ ސިޔާސީ ކަމެއްކަމަށް ބެލެވިދާނެ، އެންމެހާ ކަންކަމަކުން ދުރުހެލިވުމަށް، ފަނޑިޔާރުން ޚާއްސަ ސަމާލުކަމެއް ދޭންވާނެއެވެ.

 

 

ލަފުޒުތަކާއި އިބާރާތްތައް މާނަކުރުން

 

މި ސުލޫކީ މިންގަނޑުގައި، އެ ލަފުޒެއް، ނުވަތަ އިބާރާތެއް، ހިމެނިފައިވާގޮތުން އެހެންގޮތަކަށް، ކަނޑައެޅިގެން، ދޭހަނުވާހައި ހިނދަށް:

"ކޯޓު" ކަމުގައި ބުނެފައި އެވަނީ، ފަނޑިޔާރަށް އިނދެގެން ނުވަތަ ފަނޑިޔާރުންތަކެއް ތިބެގެން ށަރީއަތްކުރުމަށް ގާނޫނަކުން، ނުވަތަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން، ގާއިމްކޮށްފައިވާ ކޮންމެ ތަނަކަށެވެ.

"މީހެއް" ނުވަތަ "ފަރާތް" ކަމުގައި ބުނެފައި އެވަނީ، ތަބީއީ ށަޚްސުތަކާއި ގާނޫނީ ށަޚްސުތަކަށެވެ.

"ފަނޑިޔާރުން" ކަމުގައި ބުނެފައި އެވަނީ، ސުޕްރީމްކޯޓާއި، ހައިކޯޓާއި، ދަށުކޯޓުތަކުގައި ށަރީއަތްކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައިވާ ގޮތުގެމަތީން، އައްޔަންކޮށްފައިވާ މީހުންނަށެވެ.

"ގާނޫނު" ނުވަތަ "ގަވާއިދު" ކަމުގައި ބުނެފައި އެވަނީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށްފައިވާ ގާނޫނުތަކާއި، އެ ގާނޫނުތަކުން ބާރުލިބިގެން އެ ގާނޫނުތަކުގެ އިމުގެ ތެރޭގައި ހަދާ ގަވާއިދުތަކަށެވެ.

"ސިޔާސީ ޕާޓީ" ކަމަށް ބުނެފައި އެވަނީ ސިޔާސީ ޕާޓީގެ ގަވާއިދު 2005 ގެ ދަށުން އުފައްދައި ނުވަތަ ހިންގާ ސިޔާސީ ޕާޓީއަށެވެ.

މި ސުލޫކީ މިންގަނޑުގައި، މުފްރަދުކޮށް ގެނެސްފައިވާ ލަފުޒުތައް އެ ލަފުޒުތަކުގެ ޖަމްއު މާނައިގައްޔާއި، ޖަމްއުކޮށް ގެނެސްފައިވާ ލަފުޒުތައް އެ ލަފުޒުތަކުގެ މުފްރަދު މާނައިގައި ބޭނުންކުރެވޭނެއެވެ.

 

މައި ގާނޫނު/ގަވާއިދު

ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު (ގާނޫނު ނަންބަރު 2008-10)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު