-

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ނަވާވީސް-1 ވަނަ ބާބަށް އަމަލުކުރަން އެންގުން

(އެންގުން ނަންބަރު 2-2020-198)

 

ކޮވިޑް-19 ގެ ހާލަތުގެ ނުރައްކާތެރިކަން ރާއްޖޭގައި އޮތް މިންވަރަށް ބަލައި، ގާނޫނު ނަންބަރު 2012-07 (އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު) ގެ 33 ވަނަ މާއްދާއިން މިނިސްޓަރ އޮފް ހެލްތަށް ލިބިގެންވާ ބާރުގެ ދަށުން، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު މުޅި ރާއްޖޭގައި އިއުލާނު ކޮށްފައިވާތީ އާއި،

އެ އިއުލާނާ ގުޅިގެން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތ،ް އަޅުއްވައިފައިވާ ފިޔަވަޅުތަކާއި، ނެރުއް ވައިފައިވާ އެންގުންތަކާއި އިރުށާދުތަކަށް ބަލާއިރ،ު އާންމު ސިއްހަތުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޓަކައި، ގިނަ މީހުން އެއްވާ އެއްވުންތައް މަދުކޮށް އަދި ރާއްޖޭގެ ރަށްތަކާއި މާލެއާ ދެމެދު ދަތުރުފަތުރު ކުރުން އާންމު އުސޫލުން މަނާކުރެވިފައިވާތީ، ރާއްޖޭގެ އެކި ރަށްރަށާއި މާލޭގެ ކޯޓުތަކުގައި ހުރި މައްސަލަތަކާއި އަދި އަލަށް ހުށަހެޅޭ މައްސަލަތައ،ް އާންމު އުސޫލުން ކުރިއަށް ގެންދިއުމަށް ދަތިވެފައިވާތީ،

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު މުޅި ރާއްޖޭގައި އުވައިލަންދެން، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 1-203 ވަނަ މާއްދާގެ (ރ) އިން، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ލިބިދީފައިވާ އިހްތިޔާރުގެ ދަށުން، އެ ގާނޫނުގެ ނަވާވީސް-1 ވަނަ ބާބުގައި ބަޔާންކުރާ ށަރީއަތް ހިންގުމުގެ އުސޫލުތަކަށް އަމަލު ކުރުމަށް ނިންމައި އެކަން ށަރުއީ ކޯޓުތަކަށް އެންގީމެވެ.

 

ޒުލްހިއްޖާ 1441

22 ޖުލައި 2020

 

އަބްދުއް ﷲ ނަޒީރު

ޖުޑިށަލް އެޑްމިނިސްޓްރޭޓަރ

 

މައި ގާނޫނު/ގަވާއިދު

ޖިނާއީ އިޖްރާއަތުގެ ގާނޫނު (ގާނޫނު ނަންބަރު 2016-12)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު