-

ދަތުރުވެރީން ގެންނަ ތަކެއްޗާއި، އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެއްޗާއި، ވިޔަފާރި ސާމްޕަލު ގެ ގޮތުގައި ގެންނަ ތަކެތީން ޑިއުޓީ މާފުކުރުމުގެ އުސޫލު (އުސޫލު ނަންބަރު 2024-38) އަށް 1ވަނަ އިސްލާހު ގެނައުމުގެ އުސޫލު

(އުސޫލު ނަންބަރު 2026-23)

 (މި އުސޫލަށް އަމަލުކުރަން ފެށީ 24 އޮގަސްޓު 2026 ގައި)

 

އުސޫލު ނަންބަރު 2024-38 (ދަތުރުވެރީން ގެންނަ ތަކެއްޗާއި، އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެއްޗާއި، ވިޔަފާރި ސާމްޕަލު ގެ ގޮތުގައި ގެންނަ ތަކެތީން ޑިއުޓީ މާފުކުރުމުގެ އުސޫލު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 5 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރި އަންނަނިވި ގޮތަށް އިސްލާހުކުރުން.

ރާއްޖެއިން ބޭރުން އަންނަ މީހުން ގެންނަ ތަކެތީގެ ތެރެއިން ގުޑްސް ޑިކްލަރޭށަން ހުށަހަޅާން ނުޖެހޭ ތަކެތި 5.

(7) ރާއްޖެއިން ބޭރުން ދަތުރުކޮށްފައި އަންނަ، އުމުރުން 21 (އެކާވީސް) އަހަރު ފުރިފައިވާ ދަތުރުވެރީންގެ އަމިއްލަ ބޭނުމަށް ގެންނަ، ދުންފަތުގެ އަންނަނިވި ބާވަތްތައް؛

7.1. 0 (ދުއިސައްތަ) ސިނގިރޭޓް (ހީޓަޑް ޓޮބޭކޯއާއި ބިޑި ހިމެނޭހެން) ނުވަތަ؛

7.2 20 (ވިހި) ސުއްޓާ ނުވަތަ؛

7.3 100 (އެއްސަތޭކަ) ގުރާމުގެ ދުންފަތް (އިތުރު ބަދަލެއް ނުގެނެސް ހިއްކައިފައި ހުންނަ، ދުންފަތް ގަހުގެ ފަތް)

7.4 މި ނަންބަރުގެ 7.1 ވަނަ ނަންބަރާއި 7.2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި ދުންފަތުގެ އެހެނިހެން ބާވަތްތައް ދޫކުރުމުގައި ކިރާނީ ގުރާމުންނެވ.ެ އަދި މިގޮތުން ދޫކުރެވޭނީ ގިނަވެގެން 100 (އެއްސަތޭކަ) ގުރާމުގެ ތަކެއްޗެވެ. 

 

2 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 5 ވަނަ މާއްދާގެ (ހ) ގެ (8) ވަނަ ނަންބަރުގެ ގޮތުގައި އަންނަނިވި ގޮތަށް ނަންބަރެއް އިތުރުކުރުން 

ރާއްޖެއިން ބޭރުން އަންނަ މީހުން ގެންނަ ތަކެތީގެ ތެރެއިން ގުޑްސް ޑިކްލަރޭށަން ހުށަހަޅާން ނުޖެހޭ ތަކެތި 5.

(8) ރާއްޖެއިން ބޭރުން ދަތުރުކޮށްފައި އަންނަ، އުމުރުން21 (އެކާވީސް) އަހަރު ފުރިފައިވާ ދަތުރުވެރީންގެ އަމިއްލަ ބޭނުމަށް ގެންނަ ރޯލިންގ ޓޮބޭކޯ ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރުމަށް ޓަކައި، ދުންފަތް އޮޅުމަށް ބޭނުންކުރާ ދުންފަތުގެ ބާވަތެއް، މި މާއްދާގެ 7 ވަނަ ނަންބަރުގެ ދަށުން ދޫކުރާ ހާލަތުގައި، އެޔާއެކު އަންނަނިވި ތަކެތި ދޫކުރެވޭނެއެވެ. 

8.1. ފަހަރަކު ސިނގިރޭޓެއް ނުވަތަ ބިޑިއެއް އެނބުރޭ ގޮތަށް ތައްޔާރުކޮށްފައި ހުންނަ މެނުއަލް ކުދިކުދި ޕޯޓަބަލް މެށިނ/ްއާލާތް؛

8.2 ސިނގިރޭޓު ނުވަތަ ބިޑި އަނބުރަން ބޭނުންކުރާ، ނޯޅާ ހުންނަ 50 (ފަންސާސް) ކަރުދާސް؛

8.3 ސިނގިރޭޓު ނުވަތަ ބިޑި އަނބުރަން ބޭނުންކުރާ 50 (ފަންސާސް) ފިލްޓަރު؛

8.4 ސިނގިރޭޓު ނުވަތަ ބިޑި އަނބުރަން ބޭނުންކުރާ 50 (ފަންސާސް) ހުސް ޓިޔުބު ނުވަތަ ޕައިޕް. (ފިލްޓަރާއެކު ހުންނަ ހުސް ޓިޔުބު ނުވަތަ ޕައިޕް ނަމަ، އެޔާއެކު މި ނަންބަރުގެ 8.1 ވަނަ ނަންބަރާއި، 8.2 ވަނަ ނަންބަރާއި، 8.3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ތަކެތި ދުލެއް ނުކުރެވޭނެއެވ.ެ އަދި ފިލްޓަރު ނުލައި ހުންނަ ހުސް ޓިޔުބު ނުވަތަ ޕައިޕް ނަމަ، އެޔާއެކު މި ނަންބަރުގެ 8.1 ވަނަ ނަންބަރާއި، 8.2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ތަކެތި ދުލެއް ނުކުރެވޭނެއެވެ.)

 

3 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 5 ވަނަ މާއްދާގެ (ރ) ގެ ގޮތުގައި އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

ރާއްޖެއިން ބޭރުން އަންނަ މީހުން ގެންނަ ތަކެތީގެ ތެރެއިން ގުޑްސް ޑިކްލަރޭށަން ހުށަހަޅާން ނުޖެހޭ ތަކެތި 5.

(ރ) މި މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރާއި (8) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނު ނަންބަރު 2010-15 (ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނު) ގެ 6 ވަނަ މާއްދާއަށް ރިއާޔަތްކޮށް، 1 ޖަނަވަރީ 2007 ގައި ނުވަތަ އެ ތާރީހުގެ ފަހުން އުފަންވެފައިވާ މީހުންނަށް، މި މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ  ތަކެތި ދުލެއް ނުކުރެވޭނެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 7 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޑިއުޓީ އިނާޔަތް ދިނުމުން އިސްތިސްނާވާ ތަކެތި 7.

(ހ) ދުންފަތް ނުވަތަ ނިކޮޓިންގ އެކުލެވޭ ބާވަތްތަކާއި އެ ތަކެތި ބުއިމަށް ބޭނުންކުރާ އާލާތްތަކާއި، އީ-ސިނގިރޭޓާއި، ށީށާއާއި، ފްލެވަރޑް ސިނގިރޭޓު ނުވަތަ އީ-ލިކުއިޑް ފަދަ ތަކެތި؛ (މީގެ ތެރޭގައި، މި އުސޫލުގެ 5 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރާއި (8) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ތަކެއްޗެއް ނުހިމެނޭނެއެވެ.)

 

5 ވަނަ މާއްދާ - މި އުސޫލަށް އަމަލުކުރަން ފަށާނ،ީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި އުސޫލު

ދަތުރުވެރީން ގެންނަ ތަކެއްޗާއި، އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެއްޗާއި، ވިޔަފާރި ސާމްޕަލު ގެ ގޮތުގައި ގެންނަ ތަކެތީން ޑިއުޓީ މާފުކުރުމުގެ އުސޫލު (އުސޫލު ނަންބަރު 2024-38)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު