-

ލޯކަލް ކައުންސިލްތަކުގެ އިންތިހާބީ ދާއިރާތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބީ ދާއިރާތަ ކާއި ގޮނޑިތައް ކަނޑައެޅު މުގައި އަމަލުކުރާނެ ގޮތުގެ އުސޫލު 

(އުސޫލު ނަންބަރު 2025-32)

(މި އުސޫލަށް އަމަލުކުރަން ފެށީ 8 ޑިސެމްބަރު 2025 ގައި)

 

1 ވަނަ މާއްދާ - ތައާރުފު

(ހ) މިއ،ީ ގާނޫނު ނަންބަރު 2008-08 (އިލެކްށަންސް ކޮމިށަންގެ ގާނޫނު) ގެ 21 ވަނަ މާއްދާގެ (ބ) އާއި، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 24 ވަނަ މާއްދާއާއި 41 ވަނަ މާއްދާއާއި 6-56 ވަނަ މާއްދާގެ (ނ) ގެ ދަށުން ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ދާއިރާތައް ކަނޑައެޅުމުގައި އިލެކްށަންސް ކޮމިށަނުން އަމަލުކުރާނެ ގޮތުގެ އުސޫލެވެ.

(ށ) މި އުސޫލަށް ކިޔާނީ، "ލޯކަލް ކައުންސިލްތަކުގެ އިންތިހާބީ ދާއިރާތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބީ ދާއިރާތަކާއި ގޮނޑިތައް ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އެވެ.

 

2 ވަނަ މާއްދާ - އިންތިހާބީ ދާއިރާތައް ކަނޑައެޅުން

މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބެއްގެ ކުރީން، އިންތިހާބީ ދާއިރާތަކުގެ ނަންތަކާއި އިންތައް ކަނޑައަޅައި ވަކިކޮށް، އެ ކަންކަމަށް ބަދަލުގެނެސް، މުރާޖައާ ކުރަމުން ގެންދިއުމާއި، މިކަންކަމަށް ގެނެވޭ ބަދަލުތައް އާންމުކޮށް، އިންތިހާބީ ދާއިރާތައް ކަނޑައެޅުމާއި، އިންތިހާބީ ދާއިރާތަކުގެ ސަރަހައްދުތައް ކަނޑައެޅުމުގެ ކަންތައްތައް ހިންގައި ބަލަހައްޓާނީ އިލެކްށަންސް ކޮމިށަނުންނެވެ.

 

3 ވަނަ މާއްދާ - ރަށު/ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ އަދަދު

(ހ) ރަށު ކައުންސިލްތަކުގެ މެންބަރުންގެ އަދަދު ކަނޑައަޅާނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ
އުސޫލުން ހިންގުމުގެ ގާނޫނު) ގެ 24 ވަނަ މާއްދާގައިވާ ގޮތުގެ މަތީންނެވެ.

(ށ) ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ އަދަދު ކަނޑައަޅާނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ
އުސޫލުން ހިންގުމުގެ ގާނޫނު) ގެ 41 ވަނަ މާއްދާގައިވާ ގޮތުގެ މަތީންނެވެ.

(ނ) މި އުސޫލުގެ ބޭނުމަށް ޓަކައި "ރަޖިސްޓަރީކޮށްފައިވާ އާބާދީ" އަދަދުކުރުމުގައި ބަލާނީ، ކޮންމެ މީހަކު ވެސް އެ މީހެއްގެ ދާއިމީ އެޑްރެހުގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ތަނެކެވެ. މި އާބާދީގެ ތެރޭގައި އެ ރަށު/ސިޓީއެއްގެ ދަފުތަރުގައި ޖައްސައިފައިވާ މީހުން ހިމެނޭނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން، އެ ސިޓީއެއްގެ ދަފުތަރުގައި ޖައްސައިފައިވާ މީހުން، އިންތިހާބީ ދާއިރާތަކަށް ބަހާނެ ގޮތެއް ކަނޑައަޅާނީ އިލެކްށަންސް ކޮމިށަނުންނެވެ.

 

4 ވަނަ މާއްދާ - ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އުމުރު ހަމަވުމުގެ ސަބަބުން ބާއްވާ އިންތިހާބުގައި މެނުވީ އިންތިހާބީ ދާއިރާތަކަށް ބަދަލު ނުގެނައުން

(ހ) ހިނގަމުންދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އުމުރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހަމަވުމުގެ ސަބަބުން ބާއްވާ އިންތިހާބު ބޭއްވުމުގެ ކުރިން ސިޓީތަކުގެ އާބާދީއަށް ބަދަލުތަކެއް އައިނަމަވެސް، މި އުސޫލުގެ 3 ވަނަ މާއްދާގެ ދަށުން އެއްވެސް ރަށަކަށް/ސިޓީއަކަށް ކަނޑައަޅައިފައިވާ މެންބަރުންގެ އަދަދަށް ބަދަލެއް
ނާންނާނެއެވެ.

(ށ) ހިނގަމުންދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އުމުރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހަމަވުމުގެ ސަބަބުން ބާއްވާ އިންތިހާބުގެ ބޭނުމަށް ޓަކައި މެނުވީ، އިންތިހާބީ ދާއިރާތަކަށް ބަދަލު ގެނެސްގެން ނުވާނެއެވެ.

 

5 ވަނަ މާއްދާ - ރަށު/ސިޓީތަކުގެ އާބާދީގެ އަދަދުތައް ހޯދުން

(ހ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް އިއުލާނު ކުރުމުގެ 3 (ތިނެއް) މަސްދުވަހާއި 5 (ފަހެއް) މަސްދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އެހީތެރިކަމާއެކ،ު ދިވެހިރާއްޖޭގެ ކޮންމެ ރަށު/ސިޓީއެއްގައި ރަޖިސްޓަރީކޮށްފައިވާ އާބާދީގެ އަދަދުތައް އިލެކްށަންސް ޮމިށަނުން ހޯަދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޮންމެ ރަށެއްގައި/ސިޓީއެއްގައި ރަޖިސްޓަރީކޮށްފައިވާ އާބާދީ ހޯދުމަށް ޓަކައި އިލެކްށަންސް ކޮމިށަނުން ބޭނުންކުރަންވާނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރެއިން ވަކި ތާރީހެއްގެ ނިޔަލަށް އެ ރަށެއްގައި/ސިޓީއެއްގައި ރަޖިސްޓަރީކޮށްފައިވާ އާބާދީއެވެ. އަދި ހުރިހާ ރަށެއްގ/ެސިޓީއެއްގެ އާބާދީގެ އަދަދު ހޯަދަން ބޭނުންކުރަންވާނީ އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ، އެއް ތާރީހެކެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޮންމެ ރަށެއްގައި/ސިޓީއެއްގައި ރަޖިސްޓަރީކޮށްފައިވާ އާބާދީގެ އަދަދުތައް ފަސޭހައިން އަދި އަވަހަށް ހޯަދަން މަގުފަހިކުރުމުގެ ގޮތުން، ކޮންމެ ރަށެއްގައި/ސިޓީއެއްގައި ރަޖިސްޓަރީކޮށްފައިވާ އާބާދީއަށް އަންނަ ބަދަލުތައް، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އެހީއާއެކު ގަވާއިދުން އަދާހަމަކުރެވޭނެ ނިޒާމެއް، އިލެކްށަންސް ކޮމިށަނުން ގާއިމުކުރަންވާނެއެވެ.

 

 6 ވަނަ މާއްދާ - ލޯކަލް ކައުންސިލްތަކުގެ އިންތިހާބީ ދާއިރާގެ އަދަދު

(ހ) ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 24 ވަނަ މާއްދާއާއި 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ސިޓީތައް ފިޔަވައި، އިދާރީ ދާއިރާއެއްގައި ހިމެނޭ ކޮންމެ ރަށަކީ އިންތިހާބީ ދާއިރާއެކެވެ.

(ށ) ސިޓީތަކުގެ އިންތިހާބީ ދާއިރާ ކަނޑައަޅާނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ސިޓީއަށް އިންތިހާބުކުރަންޖެހޭ ގޮނޑީގެ މޭޔަރު ނުހިމެނޭ ގޮތަށެވެ.

 

7 ވަނަ މާއްދާ - ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ސިޓީތަކުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުން

(ހ) ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 41 ވަނަ މާއްދާގެ ދަށުންލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ސިޓީތަކުގެ އިންތިހާބީ ދާއިރާ ކަނޑައެޅުމުގައި، ވަކި ރަށަކަށް ނުވަތަ އިދާރީ ވަކި ދާއިރާއަކަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ، އިދާރީގޮތުން ވަކިވަކި ރަށްތަކެއްގެ ގޮތުގައި ހިނގަމުންއައި ރަށްތަކެއް އެކުވެގެން އެކުލަވައިލައިފައިވާ އެއް ރަށުގެ ގޮތުގައި ކަމުގައި ވެފައި، އަދި މި އުސޫލުގެ 6 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ އިންތިހާބީ ދާއިރާގެ އަދަދަކީ އެ ސިޓީގައި ކުރިން ހިމެނުނު ރަށްތަކުގެ އަދަދަށް ވުރެ ގިނަ އަދަދެއް ނަމަ، އެ ސިޓީއެއްގެ އިންތިހާބީ ދާއިރާ ކަނޑައަޅަންވާނީ، އެ ރަށް ނުވަތަ އިދާރީ އެ ދާއިރާއަށް ސިޓީއެއްގެ ދަރަޖަ ދިނުމުގެ ކުރިން އިދާރީގޮތުން ވަކި ރަށްތަކެއްގެ ގޮތުގައި ހިންގުމަށް ކަނޑައަޅައިފައި އޮތް ކޮންމެ ރަށަކަށް މަދުވެގެން 1 (އެކެއް) އިންތިހާބީ ދާއިރާ ކަނޑައެޅޭ ގޮތަކަށެވެ.

(ށ) މި އުސޫލުގެ 6 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ އިންތިހާބީ ދާއިރާގެ އަދަދަކީ އެ ސިޓީގައި ކުރިން ހިމެނުނު ރަށްތަކުގެ އަދަދަށް ވުރެ މަދު އަދަދެއް ނަމަ، އެ ސިޓީއެއްގެ އިންތިހާބީ ދާއިރާ ކަނޑައަޅަންވާނީ، އެ ސިޓީއެއްގައި ރަޖިސްޓަރީކޮށްފައިވާ ޖުމުލަ އާބާދީގެ އަދަދު އެ ސިޓީއަކަށް އިންތިހާބުކުރަންޖެހޭ ގޮނޑީގެ މޭޔަރު ނުހިމެނޭ ގޮތަށް، ޖުމުލަ އަދަދުން ގެއްލުމުން ޖެހޭ އަދަދު އަސްލަކަށް ބަލައިގެންނެވެ.

(ނ) މި އުސޫލުގެ 6 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އިލެކްށަންސް ކޮމިށަނުން އިއުލާނުކުރާ އަދަދުތަކުގެ މައްޗަށް ބިނާކޮށް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިންތިހާބީ ދާއިރާތައް ކަނޑައެޅުމަށްފަހު، އިތުރުވާ އިންތިހާބީ ދާއިރާތައް ކަނޑައަޅާނީ، އެ ސިޓީއެއްގެ ރަޖިސްޓަރީ ކުރެވިފައިވާ ޖުމުލަ އާބާދީގެ އަދަދު، އެ ސިޓީއަކަށް އިންތިހާބު ކުރަންޖެހޭ ގޮނޑީގެ މޭޔަރު ނުހިމެނޭ ގޮތަށް، ޖުމުލަ އަދަދުން ގެއްލުމުން ޖެހޭ އަދަދު، ދާއިރާއަކަށްވާ އެވްރެޖް އަދަދު އަސްލަކަށް ބަލައިގެންނެވެ. އަދި އެ ސިޓީއެއްގައި ހިމެނޭ އިންތިހާބީ ދާއިރާތައް ކަމަށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ގޮތުގެ ވަގުތީ ރިޕޯޓެއް، އިލެކްށަންސް ކޮމިށަނުން ތައްޔާރު ކުރަންވާނެއެވެ.

(ރ) މާލެ ސިޓީގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމުގައި ބަލާނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ
އުސޫލުން ހިންގުމުގެ ގާނޫނު) ގެ 41 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އެންމެފަހުން ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާގެ ސަރަހައްދު ކަނޑައަޅައިފައިވާ ގޮތާ އެއްގޮތަށެވެ.

(ބ) މި މާއްދާގެ (ށ) އާއި (ނ) ގައިވާ ގޮތުގެ މަތީން ކޮންމެ ސިޓީއަކުން އިންތިހާބީ ދާއިރާތައް ކަނޑައެޅުމުގައި އަސްލަކަށް ބަލާ އަދަދަށް ވުރެ ދާއިރާއަކަށްވާ އެވްރެޖް އަދަދު އެ އިންތިހާބީ ދާއިރާއެއްގެ ރަޖިސްޓަރީކޮށްފައިވާ އާބާދީގެ އަދަދު %25 (ފަންސަވީސް އިންސައްތަ) މަދުވެގެން ނުވަތަ ގިނަވެގެން ނުވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ނޫން ގޮތެއް ނެތިއްޖެ ހާލަތެއްގައި، އެ ސިޓީއަކުން އިންތިހާބީ ދާއިރާތައް ކަނޑައެޅުމުގެ އަސްލަކަށް ބަލާ އަދަދަށް ވުރެ ދާއިރާއަކަށްވާ އެވްރެޖް އަދަދު އެ އިންތިހާބީ ދާއިރާއެއްގެ ރަޖިސްޓަރީކޮށްފައިވާ އާބާދީގެ އަދަދު %25 (ފަންސަވީސް އިންސައްތަ) މަދުވާގޮތަށް ނުވަތަ ގިނަވާގޮތަށް އިންތިހާބީ ދާއިރާ ކަނޑައެޅުމުގެ

އިހުތިޔާރު، އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ. އެހެންނަމަވެސް، މިފަދަ ގޮތަކަށް އިންތިހާބީ ދާއިރާއެއް ކަނޑައަޅާ ނަމަ، އެގޮތަށް އެ އިންތިހާބީ ދާއިރާއެއް ކަނޑައެޅި ސަބަބު ތަފުސީލުކޮށް، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރިޕޯޓުގައި، އިލެކްށަންސް ކޮމިށަނުން ހިމަނަންވާނެއެވެ.

 

8 ވަނަ މާއްދާ - އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބީ ދާއިރާ ކަނޑައެޅުން

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބީ ދާއިރާއަކީ މި އުސޫލުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދާއިރާތަކުގެ އަދަދެވެ.

 

9 ވަނަ މާއްދާ - ސިޓީ ކައުންސިލްތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ދާއިރާތަކާއި މެންބަރުންގެ އަދަދު

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ އަދަދު ކަނޑައަޅާނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 6-56 ވަނަ މާއްދާގައިވާ ގޮތުގެ މަތީންނެވެ.

 

10 ވަނަ މާއްދާ - ސިޓީ ކައުންސިލް މެންބަރުންގެ ތެރެއިން އަންހެނުންނަށް ހާއްސަކުރާ ގޮނޑިތައް ކަނޑައެޅުން

(ހ) ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 41 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން ސިޓީ ކައުންސިލުގެ އިންތިހާބުތަކުގައި އަންހެން މެންބަރުން އިންތިހާބުކުރާނެ ދާއިރާތަކާއި ގޮނޑި ކަނޑައެޅުމުގައި އަމަލުކުރާނީ އަންނަނިވި އުސޫލުންނެވެ.

  1. މާލެ ސިޓީގައި އަންހެނުންނަށް ހާއްސަ ގޮނޑި ނިސްބަތްވާނެ ދާއިރާތައް ކަނޑައެޅުމަށް ޓަކައި މާލޭގެ އަވަށްތަކުގެ ތެރެއިން އިންތިހާބީ 1 (އެކެއް) ދާއިރާއަށް ވުރެ އިތުރުވާ ކޮންމެ އަވަށަކުން 1 (އެކެއް) ގޮނޑި ނެގުން. އަދި ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ބާކީ ހުރި ދާއިރާތަކުގެ ތެރެއިން އަލުން 1 (އެކެއް) ގޮނޑި ނެގުން.
  2. އައްޑުއަތޮޅުގައި އަންހެނުންނަށް ހާއްސަގޮނޑި ނިސްބަތްވާނެ ދާއިރާތައް ކަނޑައެޅުމަށް ޓަކައި އައްޑޫގެ 10 (ދިހައެއް) ދާއިރާ 2 (ދޭއް) ބަޔަށް ބެހުމުގެ ގޮތުން ހިތަދޫގެ 6 (ހައެއް) ދާއިރާއިން 2 (ދޭއް) ގޮނޑި ނެގުން. އަދި ބާކީ 4 ދާއިރާގެ ތެރެއިން 2 (ދޭއް) ގޮނޑި ނެގުން
  3. ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގައި އަންހެނުންނަށް ހާއްސަގޮނޑި ނިސްބަތްވާނެ ދާއިރާތައް ކަނޑައެޅުމަށް ޓަކައި ތިނަދޫގެ 6 (ހައެއް) ދާއިރާ 2 (ދޭއް) ބަޔަށް ބެހުމަށްފަހު، ކޮންމެ ބަޔަކުން 1 (އެކެއް) ގޮނޑި ނެގުން.
  4. ތިލަދުންމަތީ ދެކުނުބުރި ކުޅުދުއްފު ށީގައި އަންހެނުންނަށް ހާއްސަގޮނޑި ނިސްބަތްވާނެ ދާއިރާތައް ކަނޑައެޅުމަށް ޓަކައި ކުޅުދުއްފުށީގެ 6 (ހައެއް) ދާއިރާ 2 (ދޭއް) ބަޔަށް ބެހުމަށްފަހު، ކޮންމެ ބަޔަކުން 1 (އެކެއް) ގޮނޑި ނެގުން.
  5. ފުވައްމުލަކުގައި އަންހެނުންނަށް ހާއްސަގޮނޑި ނިސްބަތްވާނެ ދާއިރާތައް ކަނޑައެޅުމުގައި ބަލާނީ، ރައްޔިތުންގެ މަޖިލީހުގައި ދާއިރާގެ އަވަށްތައް ބަހައިފައިވާ ގޮތަށެވެ. މިގޮތުން ފުވައްމުލަކުގެ 8 (އަށެއް) ދާއިރާ 3 (ތިނެއް) ބަޔަށް ބެހުމަށްފަހު، ކޮންމެ ބަޔަކުން 1 (އެކެއް) ގޮނޑި ނެގުން.

(ށ) މި އުސޫލުގެ ދަށުން ސިޓީ ކައުންސިލްތަކުގެ އަންހެނުންނަށް ހާއްސަ ގޮނޑި ފުރަތަމަ ފަހަރަށް ކަނޑައެޅުމަށްފަހު، ޖެހިގެން އަންނަ ދައުރުތަކުގައި، އެ ސިޓީއެއްގައި ހިމެނޭ ހުރިހާ ދާއިރާއެއް ހަމަހަމަވާނެ އުސޫ ލަކުން ދައުރު ކުރެވޭނެއެވެ.

 

11 ވަނަ މާއްދާ - އިންތިހާބީ ދާއިރާތައް ކަނޑައެޅުމުގައި ރިއާޔަތް ކުރަންޖެހޭ ކަންކަން

(ހ) ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާ ނަމަ، މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޮންމެ ސިޓީއަކުން އިންތިހާބީ ދާއިރާތައް ކަނޑައެޅުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.

  1. ވަކި ރަށަކަށް ނުވަތަ އިދާރީ ވަކި ދާއިރާއަކަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ، އިދާރީގޮތުން ވަކިވަކި ރަށްތަކެއްގެ ގޮތުގައި ހިނގަމުންއައި ރަށްތަކެއް އެކުވެގެން އެކުލަވައިލައިފައިވާ އެއް ރަށުގެ ގޮތުގައި ކަމުގައި ވާ ނަމަ، އެ ސިޓީއެއްގެ ކޮންމެ ރަށަކަށް އިންތިހާބީ ދާއިރާއެއް ކަނޑައެޅުން؛
  2. އެއް ސިޓީއެއްގައި ހިމެނޭ އިންތިހާބީ ދާއިރާތަކުގެ އާބާދީ، ވީ އެންމެ ބޮޑަކަށް ހަމަހަމަކުރެވޭނޭ ގޮތެއްގެ މަތީން އިންތިހާބީ ދާއިރާތައް ކަނޑައެޅުން؛
  3. ސިޓީއެއްގައި އާބާދީއަށް ބަލައިގެން ދާއިރާ ކަނޑައެޅުމުގައި އެ ސިޓީއެއްގެ ވަކި ރަށަކަށް ގިނަ ދާއިރާތަކެއް އިތުރުކުރުމަށް ވުރެ އާބާދީއަށް ބެލުމަށްފަހު އެހެން ރަށްތަކަށް ދާއިރާތައް ކަނޑައެޅުން؛
  4. އެ ސިޓީއެއްގައި ހިމެނޭ ރަށް/އަވަށްތަކުގެ ތެރެއިން ކައިރީގައިވާ ރަށް/އަވަށްތަކުގެ އާބާދީ، އެއް އިންތިހާބީ ދާއިރާއަކަށް ނިސްބަތްވާ ގޮތަށް ކަނޑައެޅުން؛
  5. އާބާދީގެ އަދަދަށް އައިސްފައިވާ ބަދަލަށް ބެލުމަށްފަހު، ވީވަރަކުން، ކުރިން ކަނޑައެޅިފައިވާ އިންތިހާބީ ދާއިރާތަކަށް ބަދަލުގެނެސް ގެން އިންތިހާބީ ދާއިރާތައް ކަނޑައެޅުން؛
  6. އާބާދީގެ އަދަދަށް ބެލުމަށްފަހު، ވީވަރަކުން، އެއްރަށެއްގެ އާބާދީ، އެއް އިންތިހާބީ ދާއިރާއަކަށް ނިސްބަތްވާ ގޮތަށް ކަނޑައެޅުން؛
  7. އެ ސިޓީއެއްގެ މުޖުތަމައުގެ ހަމަޖެހުމާއި އެއްބައިވަންތަކަން ނުގެއްލޭނޭހެން އިންތިހާބީ ދާއިރާތައް ކަނޑައެޅުން. މިގޮތުން އެއް ރަށެއްގައި/އަވަށެއްގައި އެއް އިންތިހާބީ ދާއިރާއަށް ވުރެ ގިނަ އިންތިހާބީ ދާއިރާ ކަނޑައަޅާކަމުގައިވާ ނަމަ، ޖެހިޖެހިގެން ހުންނަ ސަރަހައްދުތައް އެއް އިންތިހާބީ ދާއިރާގެ ގޮތުގައި ކަނޑައެޅުމާއި، އެ ރަށެއް/އަވަށެއް އިދާރީގޮތުން ނުވަތަ އިޖުތިމާއީގޮތުން ބައިވެފައިވާ ގޮތަށް ރިއާޔަތްކޮށްގެން އިންތިހާބީ ދާއިރާތައް ކަނޑައެޅުން.

(ށ) އިންތިހާބީ ދާއިރާތައް ކަނޑައެޅުމުގައި އިލެކްށަންސް ކޮމިށަނުން ރިއާޔަތް ކުރަން ޖެހޭނެކަމަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން އެ ހާލަތެއްގެ ދަށުން ރިއާޔަތް ކުރަންޖެހޭ ކަންކަމަށް ރިއާޔަތް ކުރަންވާނީ މި މާއްދާގެ (ހ) ގައި އެ ކަންކަން ކަނޑައަޅައިފައިވާ ތަރުތީބުންނެވެ. އެ ތަރުތީބުން ނޫން ގޮތަކަށް އިންތިހާބީ އެއްވެސް ދާއިރާއެއް ކަނޑައެޅުމުގައި އިލެކްށަންސް ކޮމިށަނުން ބަލައިފައިވާ ނަމަ، އިލެކްށަންސް ކޮމިށަނުން ތައްޔާރުކުރާ ވަގުތީ ރިޕޯޓުގައި، ސަބަބާއެކު އެ ކަމެއް ހިމަނަންވާނެއެވެ.

(ނ) މި އުސޫލުގެ ދަށުން ކޮންމެ ސިޓީއެއްގައި އެ ސިޓީއެއްގެ އިންތިހާބީ ދާއިރާތައް އިލެކްށަންސް ކޮމިށަނުން ކަނޑައެޅުމުގައި އެ ސިޓީއެއްގައި ހިމެނޭ މީހުންގެ ހިޔާލާއި މަށްވަރާ ހޯދޭނެ ނިޒާމެއް، އިލެކްށަންސް ކޮމިށަނުން ގާއިމުކުރަންވާނެއެވެ.

 

12 ވަނަ މާއްދާ - އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓުގައި ހިމަނަންޖެހޭ މައުލޫމާތާއި ތަކެތި

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި، އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓެއް، އިލެކްށަންސް ކޮމިށަނުން ތައްޔާރުކުރަންވާނެއެވެ. މި ވަގުތީ ރިޕޯޓުގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

(ހ) ކޮންމެ ރަށު/ސިޓީއެއްގައި ރަޖިސްޓަރީކޮށްފައިވާ ޖުމުލަ އާބާދީގެ އަދަދު.

(ށ) ކޮންމެ ރަށު/ސިޓީއަކަށްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ އަދަދު.

(ނ) ކޮންމެ ރަށު/ސިޓީއެއްގެ ރަޖިސްޓަރީކޮށްފައިވާ ޖުމުލަ އާބާދީގެ އަދަދު އެ ރަށު/ސިޓީއަކަށް ކަނޑައެޅޭ ކައުންސިލްތަކާއި މޭޔަރު ނުހިމެނޭ ގޮތަށް، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ ޖުމުލަ އަދަދުން ގެއްލުމުން ޖެހޭ އަދަދު އަސްލަކަށް ބަލައިގެން، އެ ސިޓީއެއްގައި ހިމެނޭ އިންތިހާބީ ދާއިރާތައް ކަނޑައެޅުމުން، އަސްލަކަށް ބަލާ އަދަދަށް ވުރެ ދާއިރާއަކަށްވާ އެވްރެޖް އަދަދު އެ އިންތިހާބީ ދާއިރާއެއްގައި ރަޖިސްޓަރީކޮށްފައިވާ އާބާދީގެ އަދަދު ގިނަވެފައިވާ ނުވަތަ މަދުވެފައިވާ އިންސައްތަ.

(ރ) ކޮންމެ ރަށު/ސިޓީއެއްގައި ހިމެނޭ އިންތިހާބީ ދާއިރާތަކާއި، ކޮންމެ އިންތިހާބީ ދާއިރާއެއްގެ ނަން.

(ބ) ކޮންމެ ރަށު/ސިޓީއެއްގައި ހިމެނޭ އިންތިހާބީ ދާއިރާތަކުގެ ސަރަހައްދުތަކުގެ ތަފުސީލު.

(ޅ) މި އުސޫލުގެ 7 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތަށް ހާއްސަ ހާލަތެއްގައި އިންތިހާބީ ދާއިރާއެއް އިލެކްށަންސް ކޮމިށަނުން ކަނޑައަޅައިފައިވާ ނަމަ، އެ އިންތިހާބީ ދާއިރާއެއް، އިލެކްށަންސް ކޮމިށަނުން އެގޮތަށް ކަނޑައެޅި ސަބަބު.

 

13 ވަނަ މާއްދާ - އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓު އާންމުކޮށް އިއުލާނުކޮށް ށާއިއުކުރުން 

މި އުސޫލުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓު، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް އިއުލާނު ކުރުމުގެ މަދުވެގެން 1 (އެކެއް) މަސްދުވަހުގެ ކުރިން އިލެކްށަންސް ކޮމިށަނުން ތައްޔާރުކޮށް، އެ ރިޕޯޓު އާންމުކޮށް އިއުލާނުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއު ކުރަންވާނެއެވެ. އަދި އެ ރިޕޯޓުގެ ކޮޕީއެއް، ހުރިހާ ސިޔާސީ ޕާޓީތަކަށާއި، ލޯކަލް ގަވަރންމަންޓް އޮތ ރިޓީއަށާއި، ރައްޔިތުންގެ މަޖިލީހަށް، އިލެކްށަންސް ކޮމިށަނުން ފޮނުވަންވާނެއެވެ.

 

14 ވަނަ މާއްދާ - އިންތިހާބާބެހޭ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕ ޓާމެދު ށަކުވާ އުފުލުން

(ހ) މި އުސޫލުގެ 13 ވަނަ މާއްދާގެ ދަށުން އިލެކްށަންސް ކޮމިށަނުން އާންމުކޮށް އިއުލާނުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕ ޓާމެދު ށަކުވާ ހުށަހެޅުމުގެ އިހުތިޔާރު، އުމުރުން 18 (އަށާރަ) އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށާއި، ސިޔާސީ ޕާޓީތަކަށާއި، ގާނޫނީ ކޮންމެ ށަހުސަކަށް ވެސް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ށަކުވާއެ އް ހުށަހަޅަން ބޭނުންވާ ނަމަ، އެ ށަކުވާއެއް، މި އުސޫލުގެ 13 ވަނަ މާ އްދާގެ ދަށުން އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ލިޔުމުން އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ 7 (ހަތެއް) ދުވަސް ހަމަވާ ތާރީހުން ފެށިގެން ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ އަކުރުގެ ދަށުން އިލެކްށަންސް ކޮމިށަނަށް ލިބޭ ށަކުވާތައް އެ ކޮމިށަނުން ބަލައި، އެ ށަކުވާތަކާމެދު ގޮތެއް ކަނޑައަޅަންޖެހޭނެއެވެ. އަދި މިގޮތުން އިލެކްށަންސް ކޮމިށަނުން ނިންމާ ނިންމުން، މި މުއްދަތުގެ ތެރޭގައި، އެ ށަކުވާއެއް ހުށަހެޅި ފަރާތަކަށް ސަބަބާއެކު އަންގަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭ ފަރާތަކުން، ކޮމިށަނުން އެ މައްސަލައަކާމެދު ނިންމި ނިންމުން ށަކުވާ ހުށަހެޅި ފަރާތަށް އަންގާތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ މައްސަލައެއް ދިވެހިރާއްޖޭގެ ހައިކ ޓަށް ހުށަހެޅުމުގެ އިހުތިޔާރު އެ ފަރާތަކަށް ލިބިގެންވެއެވެ.

 

15 ވަނަ މާއްދާ - އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ފައިނަލް ރިޕޯޓު އާންމުކޮށް އިއުލާނުކޮށް ށާއިއުކުރުން

(ހ) މި އުސޫލުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕ ޓަށް، މި އުސޫލުގެ 14 ވަނަ މާއްދާގެ ދަށުން އެއްވެސް ބަދަލެއް އައިސްފައިވާ ނަމަ، އެ ބަދަލެއް އެނގޭގޮތަށް، އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ފައިނަލް ރިޕޯޓުގެ ގޮތުގައި، ހިނގަމުންދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް އިއުލާނު ކުރުމުގެ މަދުވެގެން 10 (ދިހައެއް) ދުވަހުގެ ކުރިން އިލެކްށަންސް ކޮމިށަނުން ތައްޔާރުކޮށް، އެ ރިޕޯޓު އާންމުކޮށް އިއުލާނުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއު ކުރަންވާނެއެވެ. އަދި އިލެކްށަންސް ކޮމިށަނުގެ ވެބްސައިޓުގައި ވެސް އެ ރިޕޯޓު ށާއިއުކުރަންވާނެއެވެ. އަދި އެ ރިޕޯޓުގެ ކޮޕީއެއް، ހުރިހާ ސިޔާސީ ޕާޓީތަކަށާއި، ލޯކަލް ގަވަރންމަންޓް އޮތ ރިޓީއަށާއި، ރައްޔިތުންގެ މަޖިލީހަށް، އިލެކްށަންސް ކޮމިށަނުން ފޮނުވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ފައިނަލް ރިޕޯޓު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި، އެ ރިޕޯޓުގައިވާ އެ ރަށެއްގައި ހިމެނޭ އިންތިހާބީ ދާއިރާއަކާ ގުޅޭ ބައި، އެ ކަމަށް އެދޭ ކޮންމެ ފަރާތަކަށް، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ބެލޭނެ އިންތިޒާމ،ު އިލެކްށަންސް ކޮމިށަނުން ހަމަޖައްސަންވާނެއެވެ.

(ނ) އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ފައިނަލް ރިޕޯޓުގައި، މި އުސޫލުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

 

16 ވަނަ މާއްދާ - ހާއްސަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އަމަލުކުރާނެ ގޮތް

މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އިލެކްށަންސް ކޮމިށަނުން ސިޓީތަކުގެ ދާއިރާތައް ކަނޑައަޅައި، މި އުސޫލުގައިވާ އިޖުރާއަތުތައް ފުރިހަމަކޮށްފައިވަނިކޮށް، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 51 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައު ސިޓީއެއް ކަނޑައަޅައިފި ނަމަ، އެ ހާލަތުގައި، މި އުސޫލުގައި ބަޔާންކޮށްފައިވާ މުއްދަތުތަކެއް ނުގުނޭނެއެވެ. މި ފަދަ ހާލަތްތަކުގައި އަމަލުކުރާނީ އިލެކްށަންސް ކޮމިށަނުން ކަނޑައަޅައި އިއުލާނުކުރާ ގޮތެއްގެ މަތީންނެވެ.

 

17 ވަނަ މާއްދާ - މުއްދަތު ގުނުން 

މި އުސޫލުގައި ބަޔާންކޮށްފައިވާ އެކި މުއްދަތުތައް ގުނުމުގައި ސަރުކާރު ބަންދު ދުވަސްތައް ވެސް ހިމެނޭނެއެވެ.

 

18 ވަނަ މާއްދާ - އުސޫލުގައި ބަޔާންކޮށްފައިނުވާ ކަމެއް ދިމާވުން

މި އުސޫލުގައި ބަޔާންކޮށްފައި ނެތްކަމެއް މެދުވެރިވެއްޖެ ނަމަ އެކަމުގައި އަމަލުކުރާނީ، އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.

 

19 ވަނަ މާއްދާ - އުސޫލަށް އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، އިލެކްށަންސް ކޮމިށަނުން މި އުސޫލު ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

  1. އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07)
  2. އިލެކްށަންސް ކޮމިށަންގެ ގާނޫނު (ގާނޫނު ނަންބަރު 2008-08)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު