ކައުންސިލުތަކުގެ އިޚްތިސާސްގެ ތެރޭގައިވާ ތަންތަނާއި މުދާ ހަވާލުކުރުމާއި، އެ ތަންތަނުގައި ކޮށްފައިވާ އިންވެސްޓްމަންޓަށް ބަދަލުދިނުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމުގެ ގަވާއިދު
(އުސޫލު ނަންބަރު 2025-38)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 22 އެޕްރީލް 2025 ގައި)
(މި ގަވާއިދުގެ 14 ވަނަ މާއްދާއިން ވަނީ އުސޫލު ނަންބަރު 2021-12 އުވާލެވިފައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި ގަވާއިދަކީ، ކައުންސިލުތަކުގެ އިހްތިސާސްގައި ހިމެނޭ ވަސީލަތެއް ނުވަތަ ބިނާއެއް ނުވަތަ ނުއުފުލޭ މުދަލެއް ގައުމީ އިދާރާއަކުން ހިންގަން ބޭނުންވާ މަށްރޫއެއް ހިންގުމަށް ޓަކައި ނަގަން ބޭނުންވެއްޖެ ހިނދެއްގައި، ފެންނަ ފެނުމަށް ހަމަހަމަ އުސޫލުތަކެއްގެ މަތިން، އެފަދަ ވަސީލަތްތަކާއި ތަންތަން ގައުމީ އިދާރާތަކަށް ބަދަލުކުރުމުގައި އަމަލުކުރާނެ އިޖުރާއަތު ކަނޑައެޅުމަށް އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދު އެކުލަވައިލައިފައިވަނީ ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 2-56 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާރު ލިބިގެންނެވެ.
(ނ) މި ގަވާއިދަށް ކިޔާނީ "ކައުންސިލުތަކުގެ އިހްތިސާސްގެ ތެރޭގައިވާ ތަންތަނާއި މުދާ ހަވާލުކުރުމާއި، އެ ތަންތަނުގައި ކޮށްފައިވާ އިންވެސްޓްމަންޓަށް ބަދަލުދިނުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގްސަދު
މި ގަވާއިދުގެ މަގްސަދުތައް ތިރީގައި ބަޔާންކޮށްފައި މި ވަނީއެވެ.
(ހ) ހަމަހަމަ އަދި އިންސާފުވެރި ބަދަލުދިނުމާ ގުޅޭ އޮނިގަނޑެއް ގާއިމުކުރުން.
(ށ) ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ޔަގީންކުރެވޭ ގޮތެއްގެމަތިން ބަދަލުދިނުމުގެ އިޖުރާއަތު ފުރިހަމަކުރުމަށް މަގުފަހިކުރުން.
(ނ) ބަދަލުދިނުމުގައި ވެލުއޭށަން ހެދުމާއި މަށްވަރާކުރުމާއި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުން.
(ރ) ގައުމީ އިދާރާތަކުން މަށްރޫއެއް ހިންގުމަށް ބޭނުންވާ އިންވެސްޓްމަންޓެއް ކޮށްފައިނުވާ ތަންތަނާއި މުދާ ހަވާލުކުރުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތު ކަނޑައެޅުން.
3 ވަނަ މާއްދާ - ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދާ ހަވާލުކުރުން
ކައުންސިލުގެ އިހްތިސާސްގައި ހިމެނޭ ވަސީލަތެއް ނުވަތަ ބިނާއެއް ނުވަތަ ނުއުފުލޭ މުދަލެއް ގައުމީ އިދާރާއެއްގެ ބޭނުމަށް ނަގަންވާނީ، އެ ކައުންސިލަކާއި ގައުމީ އިދާރާއަކާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.
4 ވަނަ މާއްދާ - އެއްބަސްވުމުގައި ހުރުން ލާޒިމު ކަންކަން
މި ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން އެކުލަވައިލާ އެއްބަސްވުމުގައި، މަދުވެގެން އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ.
(ހ) އެއްބަސްވުމުގެ ދަށުން ބަދަލު ދެވޭ ވަސީލަތުގެ ނުވަތަ ބިނާގެ ނުވަތަ ނުއުފުލޭ މުދަލުގެ ތަފުސީލު
(ށ) އެއްބަސްވުމުގެ ދަށުން ދެވޭ ބަދަލުގެ ފައިސާއާއި، ފައިސާ ދޭންޖެހޭ މުއްދަތު
(ނ) އެއްބަސްވުމުގެ ދަށުން ދޭންޖެހޭ ބަދަލުގެ ފައިސާ އަދާކުރާނެ ގޮތުގެ ތަފުސީލު
(ރ) އެއްބަސްވުމުގެ މާއްދާއަކާ ހިލާފުވެއްޖެނަމަ، އަމަލުކުރާނެ ގޮތް
(ބ) އެއްބަސްވުމުގައި ނެތްކަމެއް ދިމާވެއްޖެނަމަ، އަމަލުކުރާނެ ގޮތް
(ޅ) އެއްބަސްވުމުގެ ދަށުން ފިޔަވަޅު އެޅޭނެ ހާލަތްތައް
5 ވަނަ މާއްދާ - އިންވެސްޓްމަންޓަށް ބަދަލުގެ ގޮތުގައި ދޭނެ އަދަދު
(ހ) ގައުމީ އިދާރާއަކުން ކުރިޔަށް ގެންދަން ބޭނުންވާ މަށްރޫއެއް ހިންގުމަށް ޓަކައި ހޯދަން ބޭނުންވާ ކައުންސިލުގެ އިހްތިސާސްގައި ހިމެނޭ ވަސީލަތެއް ނުވަތަ ބިނާއެއް ނުވަތަ ނުއުފުލޭ މުދަލަކީ ކައުންސިލުން އިންވެސްޓްމަންޓެއް ކޮށްފައިވާ ވަސީލަތެއް ނުވަތަ ބިނާއެއް ނުވަތަ ނުއުފުލޭ މުދަލަކަށްވާނަމަ، އޮޑިޓަރ ޖެނެރަލް ނުވަތަ އެފަދަ ވަސީލަތެއް، ނުވަތަ ބިނާއެއް ނުވަތަ ނުއުފުލޭ މުދަލެއް އަގުކުރުމަށް ކައުންސިލާއި ގައުމީ އިދާރާއިން އެއްބަސްވާ، މިނިވަން އޮޑިޓަރެއް ނުވަތަ އަގުކުރުމަށް ހުއްދަ ލިބިފައިވާ ފަރާތެއް މެދުވެރިކޮށް އެ ވަސީލަތެއް ނުވަތަ ބިނާއެއް ނުވަތަ ނުއުފުލޭ މުދަލެއް އަގުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ވަސީލަތް ނުވަތަ ބިނާ ނުވަތަ ނުއުފުލޭ މުދަލެއް އަގުކުރުމަށް ފަހު އޭގެ ބަދަލުގެ ގޮތުގައި ދޭންވާނީ، އަންނަނިވި އަގުތަކުގެ ތެރެއިން ދެ ފަރާތުން އެއްބަސްވާ އަގެކެވެ.
- ވަސީލަތް ނުވަތަ ބިނާ ނުވަތަ ނުއުފުލޭ މުދަލުގެ އަގު؛
- ވަސީލަތް ނުވަތަ ބިނާ ނުވަތަ ނުއުފުލޭ މުދަލަށް ކައުންސިލުން ކޮށްފައިވާ އިންވެސްޓްމަންޓުގެ އަގު؛
- ވަސީލަތް ނުވަތަ ބިނާ ނުވަތަ ނުއުފުލޭ މުދާ ގައުމީ އިދާރާއަށް ނެގުމުން އޭގެ ބަދަލުގައި އެފަދަ ވަސީލަތެއް ނުވަތަ ބިނާއެއް ނުވަތަ ނުއުފުލޭ މުދަލެއް ހެދުމަށް ނުވަތަ ހޯދުމަށް ދާނެ ހަރަދު
(ނ) މި މާއްދާގެ (ށ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ އަކުރުގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހަރަދަށް ރިއާޔަތްކުރަންޖެހޭނީ ގައުމީ އިދާރާއިން ނެގުމަށް ބޭނުންވާ ވަސީލަތަކީ، ނުވަތަ ބިނާއަކީ ނުވަތަ ނުއުފުލޭ މުދަލަކީ ކައުންސިލުން ރައްޔިތުންނަށް ހިދުމަތެއް ފޯރުކޮށްދިނުމަށް ނުވަތަ ކައުންސިލަށް އާމްދަނީއެއް ހޯދުމަށް ބޭނުންވާނެ ވަސީލަތެއް ނުވަތަ ބިނާއެއް ނުވަތަ ނުއުފުލޭ މުދަލެއްކަމުގައި ވާނަމައެވެ.
(ރ) މި މާއްދާގެ (ނ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، ގައުމީ އިދާރާއިން ނެގުމަށް ބޭނުންވާ ވަސީލަތް ނުވަތަ ބިނާ ނުވަތަ ނުއުފުލޭ މުދާ ނަގަނީ، އެ ތަނަކުން ކައުންސިލުން ފޯރުކޮށްދެމުންދިޔަ ހިދުމަތް ގައުމީ އިދާރާއިން ފޯރުކޮށްދޭ ގޮތަށް ކަމުގައިވާ ނަމަ، މި މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އެ ފަދަ ތަނެއް ހެދުމަށް ނުވަތަ ހޯދުމަށް ދާނެ ހަރަދު ދިނުން ލާޒިމެއް ނޫނެވެ.
(ބ) މި މާއްދާގެ (ހ) ގެ ދަށުން އޮޑިޓަރ ޖެނެރަލް ނުވަތަ މިނިވަން އޮޑިޓަރެއް ނުވަތަ އަގުކުރުމަށް ހުއްދަ ލިބިފައިވާ ފަރާތެއް މެދުވެރިކޮށް ވަސީލަތް ނުވަތަ ބިނާ ނުވަތަ ނުއުފުލޭ މުދާ އަގުކުރުމަށް ދާ ހަރަދު އަދާކުރަންވާނީ ގައުމީ އިދާރާއިންނެވެ. ނަމަވެސް ކައުންސިލުން އެދޭ ނަމަ، ވަސީލަތް ނުވަތަ ބިނާ ނުވަތަ ނުއުފުލޭ މުދާ އަގުކުރުމަށް އޮޑިޓަށް ދައްކަންޖެހޭ ފައިސާ ކައުންސިލުން އަދާކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
(ޅ) މި މާއްދާގެ ދަށުން ވަސީލަތަށް ނުވަތަ ބިނާއަށް ނުވަތަ ނުއުފުލޭ މުދަލަށް ކޮށްފައިވާ އިންވެސްޓްމަންޓް އަގުކޮށް ބަދަލުދިނުމުގައި، އެ ވަސީލަތަކާ ނުވަތަ ބިނާއަކާ ނުވަތަ ނުއުފުލޭ މުދަލަކާ ގުޅިގެން ކައުންސިލުން ސަރުކާރަށް ދައްކަންޖެހޭ ފައިސާއެއް އޮތްނަމަ، އެ ފައިސާއެއް އުނިކުރުމަށްފަހު ބަދަލުދިނުމުގެ ކަންކަން ކުރިޔަށްގެންދެވިދާނެއެވެ.
7 ވަނަ މާއްދާ - އިންވެސްޓްމަންޓަށް ދޭނެ ބަދަލާމެދު އުފެދޭ ހިޔާލު ތަފާތުވުން
(ހ) ގައުމީ އިދާރާއިން ނެގުމަށް ބޭނުންވާ ވަސީލަތަށް ނުވަތަ ބިނާއަށް ނުވަތަ ނުއުފުލޭ މުދަލަށް ކައުންސިލުން ކޮށްފައިވާ އިންވެސްޓްމަންޓަކަށް ބަދަލުދިނުމާމެދު ކައުންސިލާއި ގައުމީ އިދާރާއާ ދެމެދު، މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، އެ މައްސަލައެއް ހައްލުކުރާނީ މާލީ ވުޒާރާގެ އިސްނެގުމުގެ މަތިން ކައުންސިލާއި ގައުމީ އިދާރާއާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި މާލީ ވުޒާރާއާ ގުޅިގެން ކުރާ މަށްވަރާގެ މަތިން، މާލީ ވުޒާރާއިން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.
(ށ) މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން މަށްވަރާކޮށްގެން އެކަން ހައްލު ނުވެއްޖެ ނަމަ، ގައުމީ އިދާރާއިން ނެގުމަށް ބޭނުންވާ ވަސީލަތަށް ނުވަތަ ބިނާއަށް ނުވަތަ ނުއުފުލޭ މުދަލަށް ކައުންސިލުން ކޮށްފައިވާ އިންވެސްޓްމަންޓަށް ދޭންޖެހޭ ބަދަލާމެދު ގޮތެއް ނިންމާނީ ދިވެހިރާއްޖޭގެ ށަރުއީ ކޯޓުތައް މެދުވެރިކޮށެވެ.
8 ވަނަ މާއްދާ - ގަވާއިދުގެ ދަށުން ހަވާލުކުރުމަށް ކަނޑައަޅާ ވަސީލަތް ނުވަތަ ބިން ނުވަތަ ނުއުފުލޭ މުދާ ގައުމީ އިދާރާއާ ހަވާލުކުރުން
(ހ) ގައުމީ އިދާރާއަކުން މަށްރޫއެއް ހިންގަން ބޭނުންވާ ތަނަކީ ކައުންސިލުން އިންވެސްޓްމަންޓެއް ކޮށްފައިނުވާ ތަނެއް ކަމުގައިވާ ނަމަ، އެތަނެއް ނެގުމަށް ގައުމީ އިދާރާއަކުން އެދޭ ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެތަނެއް ގައުމީ އިދާރާއާ ހަވާލުކޮށް ގައުމީ އިދާރާގެ ނަމުގައި ރަޖިސްޓަރީކޮށްދޭންވާނެއެވެ.
(ށ) ގައުމީ އިދާރާއަކުން މަށްރޫއެއް ހިންގަން ބޭނުންވާ ތަނަކީ ކައުންސިލުން އިންވެސްޓްމަންޓެއް ކޮށްފައިވާ ތަނެއް ކަމުގައިވާ ނަމަ، އެތަނަކަށް ކޮށްފައިވާ އިންވެސްޓްމަންޓަށް ބަދަލުދިނުމުގެ އިޖުރާއަތުތައް ފުރިހަމަކޮށް، ގައުމީ އިދާރާއަކުން އެދޭ ތާރީހުން ފެށިގެން ގިނަވެގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ގައުމީ އިދާރާއާ ހަވާލުކޮށް ގައުމީ އިދާރާގެ ނަމުގައި ރަޖިސްޓަރީކޮށްދޭންވާނެއެވެ.
(ނ) މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި 3 މަސްދުވަހުގެ މުއްދަތުގެ ތެރޭގައި ގައުމީ އިދާރާއިން މަށްރޫއެއް ހިންގުމަށް ބޭނުންވާ ތަނެއް ހަވާލުނުކޮށްފި ނަމަ، ނުވަތަ އެތަން ހަވާލުކުރުމާ ގުޅިގެން ދިމާވި މައްސަލައެއް ހައްލު ނުކުރެވިއްޖެ ނަމަ، އެ ތަނެއް ހަވާލުކުރާނީ ށަރުއީ ކޯޓުން އެ މައްސަލައެއް ނިންމާ ގޮތެއްގެ މަތިންނެވެ.
9 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ގައުމީ އިދާރާއާ ހަވާލުކޮށްފައިވާ އިންވެސްޓްމަންޓްތައް
މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން، ގައުމީ އިދާރާއަކުން މަށްރޫއެއް ހިންގުމަށް ބޭނުންވާ ވަސީލަތެއް ނުވަތަ ބިނާއެއް ނުވަތަ ނުއުފުލޭ މުދަލެއް ކައުންސިލަކުން ނަގައި، ކައުންސިލުން އެތަނުގައި ކޮށްފައިވާ އިންވެސްޓްމަންޓަށް ބަދަލު ދިނުމުގެ ކަންކަން ފުރިހަމަ ކޮށްފައިނުވާ ނަމަ، އެ އިންވެސްޓްމަންޓަކަށް މި ގަވާއިދުގެ 5 ވަނަ މާއްދާއާ އެއްގޮތަށް ބަދަލު ދިނުމުގެ ކަންކަން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެ ގައުމީ އިދާރާއަކުން ފުރިހަމަ ކުރަންވާނެއެވެ. އަދި، ގައުމީ އިދާރާއަކުން ވަކި މަށްރޫއެއް ހިންގުމަށް ބޭނުންވާ ތަނަކީ، އިންވެސްޓްމަންޓެއް ކޮށްފައިނުވާ ތަނެއް ނަމަ، އަދި މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން އެތަނެއް ހަވާލުކުރުމަށް ގައުމީ އިދާރާއަކުން އެދިފައިވާ ނަމަ، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އެތަނެއް ގައުމީ އިދާރާއަކާ ހަވާލުކޮށް ރަޖިސްޓަރީކޮށްދީ ނިންމަންވާނެއެވެ.
10 ވަނަ މާއްދާ - ގަވާއިދުގައި ނެތް ކަމެއް ދިމާވުން
ގަވާއިދުގައި ނެތް ކަމެއް ދިމާވެއްޖެ ނަމަ، އެ ކަމެއް ހައްލުކުރާނީ އެކަމުގައި ހިމެނޭ ކައުންސިލަކާއި ގައުމީ އިދާރާއާއި މާލީ ވުޒާރާގެ މަށްވަރާއާއެކު ލޯކަލް ގަވަރމަންޓް އޮތޯރިޓީންނެވެ.
11 ވަނަ މާއްދާ - ގަވާއިދު އިޞްލާހުކުރުން
މި ގަވާއިދަށް އެއްވެސް އިޞްލާހެއް ގެނެވޭނީ މާލީ ވުޒާރާގެ ލަފާގެ މަތިން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށެވެ.
12 ވަނަ މާއްދާ - ގަވާއިދުގެ ދަށުން މުއްދަތު ގުނުން
މި ގަވާއިދުގެ ބޭނުމަށް މުއްދަތު ގުނުމުގައި ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައެވެ.
13 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އެ އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، ތިރީގައިވާ އިބާރާތްތަކަށް ނުވަތަ ލަފުޒުތަކަށް ދީފައިވަނީ، ތިރީގައި ބަޔާންކޮށްފައިވާ މާނަކުރުމެވެ.
(ހ) "ވަސީލަތް" ކަމަށް ބުނެފައި އެވަނީ، އެ އެއްޗަކުން ނުވަތަ ތަނަކުން ކައުންސިލަށް ފައިދާއެއް ނުވަތަ މަންފާއެއް ނުވަތަ ފަސޭހައެއް ލިބިދޭ ކޮންމެ އެއްޗަކަށް ނުވަތަ ތަނަކަށެވެ.
(ށ) "ބިނާ" ކަމަށް ބުނެފައި އެވަނީ، ކައުންސިލުން އެއްވެސް ސިފައެއްގައި އެއްކޮށް ނުވަތަ އެއްވެސް މިންވަރަކަށް އިމާރާތްކޮށްފައިވާ ނުވަތަ ބިނާކޮށްފައިވާ ތަންތަނަށް ނުވަތަ އިމާރާތްތަކަށް ނުވަތަ ތަކެއްޗަށެވެ.
(ނ) "ނުއުފުލޭ މުދާ" ކަމަށް ބުނެފައި އެވަނީ، ބިމާއި އިމާރާތް ނުވަތަ ގަސްގަހާގެހި ހިމެނޭހެން ދާއިމީ ގޮތަކަށް ބިމަށް ނުވަތަ އިމާރާތަށް ނުވަތަ އެ ނޫން ވެސް ތަނެއްގައި ހަރުކޮށްފައިވާ ނުވަތަ ހަރުކުރެވިފައިވާ ނުވަތަ ހަރުލައިފައިވާ ތަކެއްޗަށެވެ.
(ރ) "ކައުންސިލް" ކަމަށް ބުނެފައި އެވަނީ ރަށު ކައުންސިލާއި އަތޮޅު ކައުންސިލާއި ސިޓީ ކައުންސިލަށް ނިސްބަތްކޮށެވެ.
(ބ) "ގައުމީ އިދާރާ" ކަމަށް ބުނެފައި އެވަނީ، ސަރުކާރުގެ މިނިސްޓްރީތަކާއި އޮފީސްތަކާއި މި ތަންތަނުގެ ސީދާ ބެލުމުގެ ދަށުން ހިންގާ އިދާރާތަކާއި ގާނޫނުއަސާސީގެ ދަށުން އުފައްދައި ހިންގަމުންދާ ދައުލަތުގެ މިނިވަން މުސްތަގިއްލު މުއައްސަސާތަކަށެވެ.
(ޅ) "ތަންތަން" ނުވަތަ "ތަން" ނުވަތަ "ތަނެއް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 2-56 ވަނަ މާއްދާގެ ބޭނުމަށް، ކައުންސިލުގެ އިހްތިޞާޞްގައި ހިމެނޭ ވަސީލަތްތަކާއި، ބިނާތަކާއި ނުއުފުލޭ މުދާ ހިމެނޭގޮތުންނެވެ.
14 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުމުން އުވައިލެވޭ އުސޫލު
މި ގަވާއިދަށް އަމަލުކުރަން ފެށުމުން ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 2-56 ވަނަ މާއްދާގެ (ރ) ގެ ދަށުން އެކުލަވައިލައި މިހާރު އަމަލުކުރަމުން ގެންދާ، (12 އޮކްޓޯބަރު 2021 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ) "ކައުންސިލުތަކުން ކޮށްފައިވާ އިންވެސްޓްމަންޓްތަކަށް ބަދަލު ނަގައިދިނުމާ ގުޅޭ އުސޫލު" އުވުނީއެވެ.
15 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މައި ގާނޫނު
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07)
ކިޔުންތެރިންގެ ހިޔާލު