-

ހިޔާވެހި ފައިނޭންސިންގ އުސޫލު – ސަހަރު (ނަންބަރު 2024-36) އަށް 2 ވަނަ އިސްލާހު ގެނައުމުގެ އުސޫލު

(އުސޫލު ނަންބަރު 2025-04)

(މި އުސޫލަށް އަމަލުކުރަން ފެށީ 17 ފެބުރުއަރީ 2025 ގައި)

 

 1 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 4 ވަނަ މާއްދާގެ (ހ) އާއި (ރ) އާއި (ޅ) އާއި (ކ) އަންނަނިވި ގޮތަށް އި ސްލާހުކުރުން. 

ފެސިލިޓީ ދޫކުރުމަށް ހަމަޖެހިފައިވާ ގޮތް 4.

(ހ) "ހިޔާވެހި ފައިނޭންސިންގ – ސަހަރު" ފެސިލިޓީ ދޫކުރާނީ، ބެންކުތަކުންނާއި މާލީ އިދާރާތަކުންނެވެ.

(ރ) މި ފެސިލިޓީ އަނބުރާ ދެއްކުމަށް ހުށަހެޅޭނެ އެންމެ ދިގު މުއްދަތަކީ، 25 (ފަންސަވީސް) އަހަރެވެ. މި މުއްދަތު ކަނޑައަޅާނީ، ފެސިލިޓީ އަށް އެދި ހުށަހަޅާ ފަރާތުގެ އުމުރަށް ބެލުމަށްފަހު، ބެންކަކުން ނުވަތަމާލީ އިދާރާއަކުންނެވެ.

)ޅ( މި ފެސިލިޓީ އަށް ކުރިމަތިލާ ފަރާތުން ހުށަހަޅާ ފެސިލިޓީ ގެ %5 (ފަހެއް އިންސައްތަ) އާއި %10 (ދިހައެއް އިންސައްތަ) އާ ދެމެދުގެ

އިކުއިޓީ ކޮންޓްރިބިއުށަނ،ް ފެސިލިޓީ ހުށަހަޅާ ފަރާތުން ދައްކަންޖެހޭނެއެވެ. އިކުއިޓީ ކޮންޓްރިބިއުށަނުގެ އަދަދު ކަނޑައަޅާނީ، ފެސިލިޓީ ހުށަހަޅާ ފަރާތުގެ ކްްރެޑިޓް އިވެލުއޭށަނަށްފަހު، ފެސިލިޓީ ދޫކުރާ ބެންކަކުން ނުވަތަ މާލީ އިދާރާއަކުންނެވެ.

(ކ) މި ފެސިލިޓީ ދޫކުރެވޭނީ، ބިމުގެ ނުވަތަ ބިންތަކުގެ ރަޖިސްޓަރީ، މި ފެސިލިޓީ ދޫކުރާ ބެންކެއްގައި ނުވަތަ މާލީ އިދާރާއެއްގައި ރަހުނުކުރުމަށްފަހުގައެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 6 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އި ސްލާހުކުރުން.

ފެސިލިޓީ ގެ ދަށުން ފައިސާ ދޫކުރުން 6.

(ށ) ފެސިލިޓީ ގެ ފައިނޭންށަލް އެލިޖިބިލިޓީ އާއި ފެސިލިޓީ އަށް ފައިސާ ދޫކުރުމާއ،ި ފެސިލިޓީ ގެ ރީޕޭމަންޓާއި މިފަދަ އެންމެހައި ކަންކަން ކުރިޔަށްގެންދާނީ، ބެންކުން ނުވަތަ މާލީ އިދާރާއިން މި ސްކީމަށް ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 10 ވަނަ މާއްދާގެ އަންނަނިވި ގޮތަށް އިސްލާހު ކުރުން.

ފެސިލިޓީ އަށް އެދި ހުށަހަޅާ ފަރާތްތަކުގެ ފައިނޭންސިންގ ސްކްރީނިންގ ހެދުން 10.

މި ސްކީމުގެ ދަށުން ހުށަހަޅާ ފަރާތްތަކުގެ "ފައިނޭންށަލް ސްކްރީނިންގ" ހަދާނީ، ފެސިލިޓީ ދޫކުރާ ބެންކުން ނުވަތަ މާލީ އިދާރާއިންނެވެ. މިގޮތުން ފެސިލިޓީ ލިބޭ ފަރާތްތައް ކަނޑައެޅުމުގައި ދިވެހިރާއްޖޭގައި އަމަލުކުރަމުން އަންނަ އާންމު ބޭންކިންގ އުސޫލުތަކާއި ފައިނޭންސިންގ އުސޫލުތަކާ އެއްގޮތަށް އިވެލުއޭޓްކޮށް، ފެސިލިޓީ އަނބުރާ ދެއްކޭނެ ފަރާތެއްތޯ ކަށަވަރުކުރެވޭނެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 13 ވަނަ މާއްދާގެ (ށ) އާއި (ވ) އާއި (މ) އަންނަނިވި ގޮތަށް އިސްލާހުކޮށް، (މ) ގެ ފަހަތަށް (ފ) އިތުރުކުރުން.

މާނަކުރުން 13.

(ށ) "ފެސިލިޓީ ގެ ޕްރޮސެސިންގ ފީ" ކަމަށް ބުނެފައި އެވަނީ، އެޕްލިކޭށަން އިވެލުއޭޓްކުރުމަށާއި ޕްރޮސެސްކުރުމަށް ބެންކުން ނުވަތަ މާލީ އިދާރާއިން ނަގާ ފީ އަށެވެ.

(ވ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރ އޮފް ކޮންސްޓްރަކްށަނ،ް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އިމާރާތްކުރުމާއ،ި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ) އަށެވެ. 

(މ) "ބެންކް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-24 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) ގެ ދަށުން ލައިސަންސް ނުވަތަ ހުއްދަ ލިބިފައިވާ ކޮންމެ ފަރާތަކަށެވެ.

(ފ) "މާލީ އިދާރާ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1981-06 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ގެ ގާނޫނު 1981) ގައި ބަޔާންކޮށްފައިވާ ގޮތަށް، ބޭންކު ނޫން މާލީ ވިޔަފާރިއެއް ކުރުމަށް އެ ގާނޫނުގެ ދަށުން ލައިސަންސް ލިބިފައިވާ ނުވަތަ ހުއްދަ ލިބިފައިވާ ކޮންމެ ފަރާތަކަށެވެ.

 

5 ވަނަ މާއްދާ - މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި އުސޫލު

ހިޔާވެހި ފައިނޭންސިންގ އުސޫލު – ސަހަރު (އުސޫލު ނަންބަރު 2024-36)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު