-

ހިޔާވެހި ފައިނޭންސިންގ އުސޫލު – ރަށްވެހި (އުސޫލު ނަންބަރު 2024-37) އަށް 1 ވަނަ އިސްލާހު ގެނައުމުގެ އުސޫލު

(އުސޫލު ނަންބަރު 2025-05)

(މި އުސޫލަށް އަމަލުކުރަން ފެށީ 17 ފެބުރުއަރީ 2025 ގައި)

 

އުސޫލު ނަންބަރު 2024-37 (ހިޔާވެހި ފައިނޭންސިންގ އުސޫލު – ރަށްވެހި) އަށް، އަންނަނިވި އިސްލާހުތައް ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 4 ވަނަ މާއްދާގެ (ހ) އާއި (ރ) އާއި (ކ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ފެސިލިޓީ ދޫކުރުމަށް ހަމަޖެހިފައިވާ ގޮތް 4.

(ހ) "ހިޔާވެހި ފައިނޭންސިންގ – ރަށްވެހި" ފެސިލިޓީ ދޫކުރާނީ، ބެންކުތަކުންނާއި މާލީީ އިދާރާތަކުންނެވެ.

(ރ) މި ފެސިލިޓީ އަނބުރާ ދެއްކުމަށް ހުށަހެޅޭނެ އެންމެ ދިގު މުއްދަތަކީ، 25 (ފަންސަވީސް) އަހަރެވެ. މި މުއްދަތު ކަނޑައަޅާނީ، ފެސިލިޓީ އަށް އެދި ހުށަހަޅާ ފަރާތުގެ އުމުރަށް ބެލުމަށްފަހު، ބެންކަކުން ނުވަތަ މާލީ އިދާރާއަކުންނެވެ.

(ކ) މި ފެސިލިޓީ ދޫކުރެވޭނީ، ބިމުގެ ރަޖިސްޓަރީ، މި ފެސިލިޓީ ދޫކުރާ ބެންކެއްގައި ނުވަތަ މާލީ އިދާރާއެއްގައި ރަހުނުކުރުމަށްފަހުގައެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 6 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން

ފެސިލިޓީ ގެ ދަށުން ފައިސާ ދޫކުރުން 6.

(ށ) ފެސިލިޓީ ގެ ފައިނޭންށަލް އެލިޖިބިލިޓީ އާއި ފެސިލިޓީ އަށް ފައިސާ ދޫކުރުމާއި، ފެސިލިޓީ ގެ ރީޕޭމަންޓާއި، މިފަދަ އެންމެހައި ކަންކަން ކުރިޔަށްގެންދާނީ  ބެންކުން ނުވަތަ މާލީ އިދާރާއަކުން މި ސްކީމަށް ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 10 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ފެސިލިޓީ އަށް އެދި ހުށަހަޅާ ފަރާތްތަކުގެ ފައިނޭންސިންގ ސްކްރީނިންގ ހެދުން 10.

މި ސްކީމުގެ ދަށުން ހުށަހަޅާ ފަރާތްތަކުގެ "ފައިނޭންށަލް ސްކްރީނިންގ" ހަދާނީ، ފެސިލިޓީ ދޫކުރާ ބެންކުން ނުވަތަ މާލީ އިދާރާއިންނެވެ. މިގޮތުން ފެސިލިޓީ ލިބޭ ފަރާތްތައް ކަނޑައެޅުމުގައި ދިވެހިރާއްޖޭގައި އަމަލުކުރަމުން އަންނަ އާންމު ބޭންކިންގ އުސޫލުތަކާއި ފައިނޭންސިންގ އުސޫލުތަކާ އެއްގޮތަށް އިވެލުއޭޓްކޮށް، ފެސިލިޓީ އަނބުރާ ދެއްކޭނެ ފަރާތެއްތޯ ކަށަވަރުކުރެވޭނެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 13 ވަނަ މާއްދާގެ (ށ) އާއި (ވ) އަންނަނިވި ގޮތަށް އިސްލާހުކޮށ،ް (ވ) ގެ ފަހަތަށް (މ) އާއި (ފ) އިތުރުކުރުން.

މާނަކުރުން 13.

(ށ) "ފެސިލިޓީ ގެ ޕްރޮސެސިންގ ފީ" ކަމަށް ބުނެފައި އެވަނީ، އެޕްލިކޭށަން އިވެލުއޭޓްކުރުމަށާއި ޕްރޮސެސްކުރުމަށް ބެންކުން ނުވަތަ މާލީ އިދާރާއިން ނަގާ ފީ އަށެވެ.

(ވ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރ އޮފް ކޮންސްޓްރަކްށަނ،ް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ) އަށެވެ.

(މ) "ބެންކު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-24 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) ގެ ދަށުން ލައިސަންސް ނުވަތަ ހުއްދަ ލިބިފައިވާ ކޮންމެ ފަރާތަކަށެވެ.

(ފ) "މާލީ އިދާރާ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1981-06 (މޯލްޑިވްސް މަނިޓަރ އޮތޯރިޓީ ގެ ގާނޫނު 1981) ގައި ބަޔާންކޮށްފައިވާ ގޮތަށް ބެންކު ނޫން މާލީ ވިޔަފާރިއެއް ކުރުމަށް އެ ގާނޫނުގެ ދަށުން ލައިސަންސް ލިބިފައިވާ ނުވަތަ ހުއްދަ ލިބިފައިވާ ކޮންމެ ފަރާތަކަށެވެ.

 

5 ވަނަ މާއްދާ - މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި އުސޫލު

ހިޔާވެހި ފައިނޭންސިންގ އުސޫލު – ރަށްވެހި (އުސޫލު ނަންބަރު 2024-37)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު