އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލު
(އުސޫލު ނަންބަރު 2024-30)
(މި އުސޫލަށް އަމަލުކުރަން ފެށީ 9 އޮކްޓޫބަރު 2024 ގައި)
(މި އުސޫލުގެ 31 ވަނަ މާއްދާއިން ވަނީ އުސޫލު ނަންބަރު 2022-04 އުވާލެވިފައި)
ފުރަތަމަ ބާބު
ފެށުން
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި އުސޫލަކީ، މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ މަސައްކަތްތަކުގެ ތެރޭގައި، ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދާ ކުންފުނިތަކަށް އެކަމަށް ހުއްދަ ދިނުމާއި، އެފަދަ ކުންފުނިތަކުގެ ރަޖިސްޓަރީ ބެލެހެއްޓުމާއި، އުމްރާގެ ކަންތައްތައް ބެލެހެއްޓުމާ ގުޅޭ އުސޫލުތައް އެކުލަވައިލައި، އެ އުސޫލުތަކާ އެއްގޮތަށް އުމްރާއަށް މީހުން ގެންދާ ކުންފުނިތަކުން އަމަލުކުރަމުންދާކަން ކަށަވަރުކުރުން ހިމެނިފައިވާތ،ީ ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމުގެ އެންމެހައި ކަމެއްގައި އަމަލުކުރަންވީ ގޮތް ބަޔާންކުރުމަށް ޓަކައިއެކުލަވައިލައިފައިވާ އުސޫލެކެވެ.
(ށ) މި އުސޫލަށް ކިޔާނީ، "ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމާބެހޭ އުސޫލު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި އުސޫލުގެ ބޭނުމަކީ، އަންނަނިވި މަގުސަދުތައް ހާސިލުކުރުމެވެ.
(ހ) ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދާ ފަރާތްތަކާއި، އުމްރާވެރީންގެ ހައްގުތައް ހިމާޔަތްކޮށްދިނުން.
(ށ) އުމްރާއަށް ދާން ބޭނުންވާ ދިވެހި ރައްޔިތުންގެ ފައިސާ ރައްކައުތެރިކަމާއެކު ބެލެހެއްޓޭނެ ގޮތްތަކާއި، ފެންވަރު ރަނގަޅު ހިދުމަތެއް ލިބޭނެ ފަދަ އިންތިޒާމެއް ހަމަޖައްސައިދިނުން.
(ނ) ދިވެހިރާއްޖެއިން އުމްރާގެ ހިދުމަތްދޭ ކުންފުނިތަކުގެ އުމްރާގެ ހިދުމަތާ ގުޅޭ ކަންކަން ރެގިއުލޭޓްކޮށް ބެލެހެއްޓުން.
(ރ) އުމްރާގެ ހިދުމަތް ދެމުންދާއިރު އުފެދޭ ށަކުވާތައް ބަލައި ފިޔަވަޅު އެޅުމާއި، އެ ކަންކަން ހައްލުކޮށްދިނުމުގެ ނިޒާމެއް ގާއިމުކުރުން.
(ބ) ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދާ ކުންފުނިތައް ޒިންމާދާރުކުރުވައި، މިކަމާ ގުޅޭގޮތުން ހަދައިފައިވާ އެންމެހައި ގަވާއިދުތަކާއި އުސޫލުތަކަށް އަމަލުކުރުވުމާއި، ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމުގެ ހިދުމަތް ދިނުމުގައި ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ބާރުއެޅުން.
(ޅ) އުމްރާގެ ހިދުމަތްތައް ވަކި މިންގަނޑުތަކަކަށްވުރެ ދަށްނުވާނޭ ގޮތަށް އާންމު ރައްޔިތުންނަށް ފޯރުކޮށްދެވޭކަން ކަށަވަރުކުރުން.
3 ވަނަ މާއްދާ - ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ނެގުމާއި، ހުއްދައިގެ މުއްދަތު
(ހ) އެއްވެސް ސިފައެއްގައި ދިވެހިރާއްޖެއިން އުމްރާގެ އަޅުކަން ހިމެނޭ ގޮތަށް ދަތުރު ރާވައި، ފައިސާ ނަގައި، އުމްރާގެ ހިދުމަތް ދޭންވާނީ، މި އުސޫލުގެ ދަށުން ނަގަންޖެހޭ ހުއްދަ ނަގައިގެންނެވެ.
(ށ) ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމަށް ހުއްދަ ދޭނީ، 2 (ދޭއް) އަހަރުދުވަހުގެ މުއްދަތަށެވެ. އަދި މި އުސޫލުގެ 10 ވަނަ މާއްދާއާ އެއްގޮތަށް ކޮންމެ 2 (ދޭއް) އަހަރަކުން އެއްފަހަރު ހުއްދަ އައުކުރުމަށް ހުށަހަޅަންޖެހޭނެއެވެ.
4 ވަނަ މާއްދާ - ހުއްދައަށް އެދި ހުށަހެޅުން
(ހ) މި އުސޫލަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވައިލެވުނީއެވެ.
(ށ) އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ އަލަށް ހޯދަން އެދޭ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހަޅާނީ، މި އުސޫލުގެ 5 ވަނަ މާއްދާއާއި 6 ވަނަ މައްދާއާއި 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
5 ވަނަ މާއްދާ - ހުއްދައަށް އެދި ހުށަހަޅާ ކުންފުނިތަކުގައި ހުންނަންޖެހޭ ށަރުތުތައް
ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި މިނިސްޓްރީއަށް ޕްރޮޕޯޒަލް ހުށަހެޅުމުން، އަންނަނިވި ށަރުތުތައް ފުރިހަމަވާ ނަމަ، އެ ކުންފުންޏަކަށް ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ދޫކުރެވޭނެއެވެ.
(ހ) ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ %100 (ސައްތައިން ސައްތަ) ދިވެހި ހިއްސާދާރުން ހިމެނޭ ކުންފުންޏެއް ކަމުގައި ވުން.
(ށ) އެ އިރަކު ވިޔަފާރިއާއި އިގްތިސާދުގެ ކަންކަން ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގައި، ޓްރެވެލް އެޖެންސީއެއްގެ ގޮތުގައި ނުވަތަ ޓުއަރ އޮޕަރޭޓަރެއްގެ ގޮތުގައި ރަޖިސްޓަރީކުރެވިފައިވާ ފަރާތެއް ކަމުގައި ވުމާއެކު، ކުންފުނީގެ އަސާސީ ގަވާއިދުގެ މަގުސަދުތަކުގެ ތެރޭގައި އުމްރާއަށް މީހުން ގެންދިޔުމުގެ ހިދުމަތް ދިނުން ހިމެނިފައިވާ ކުންފުންޏެއް ކަމުގައި ވުން.
(ނ) ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދޭ ކުންފުނީގެ ޑިރެކްޓަރުންނަކީ، ހުއްދައަށް އެދި ހުށަހަޅާއިރު ޖިނާއީ ކުށެއްގައި ހުކުމެއް ތަންފީޒުކުރަމުންދާ މީހެއްކަމުގައި ނުވުން ނުވަތަ ހުއްދައަށް އެދި ހުށަހަޅާ ތާރީހުން ފެށިގެން ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތުގައި އޭނާގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން ނުވަތަ ޖިނާއީ ކުށެއްގައި އިއުތިރާފުގެ އެއްބަސްވުމެއް ދައުލަތާއެކު ވެފައިވާ ފަރާތެއް ކަމުގައި ވެސް ނުވުން.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި، ޖިނާއީ ކުށްތަކުގެ ތެރެއިން ފައިސާގެ ހިޔާނާތަކާބެހޭ އެއްވެސް މައްސަލައެއްގެ ތުހުމަތުކުރެވިފައިވާ ކުންފުންޏެއް ކަމުގައި ނުވުން ނުވަތަ އެފަދަ މައްސަލައެއް ށަރުއީ ކޯޓެއްގައި ހިނގަމުންދާ ކުންފުންޏެއް ކަމުގައި ނުވުން ނުވަތަ ކުންފުނީގެ ޑިރެކްޓަރުންގެ ގޮތުގައި އެ ފަދަ ފަރާތެއް ހިމެނިފައި ނުވުން.
(ބ) ހުއްދައަށް އެދި ހުށަހަޅާ ކުންފުނީގެ އިތުރަށް، އުމްރާގެ ހިދުމަތްދޭ އެހެން ކުންފުންޏެއްގައި ހިއްސާ އޮތް މީހެއް ކަމުގައި ނުވަތަ ފަރާތެއް ކަމުގައި ނުވުން.
(ޅ) މިނިސްޓްރީގެ ކަމާ ގުޅުންހުރި އެއްވެސް މުވައްޒަފެއްގެ ހިއްސާ ހިމެނޭ ކުންފުންޏެއް ކަމުގައި ނުވުން. މި މާއްދާގެ ބޭނުމަށް، ކަމާ ގުޅުންހުރި މުވައްޒަފު ކަމުގައި ބުނެފައި އެވަނީ، މިނިސްޓްރީގެ ހައްޖާއި އުމްރާގެ ކަންކަން ހިންގާ ބަލަހައްޓާ ސިޔާސީ މުވައްޒަފުންނަށާއި އިދާރީ މުވައްޒަފުންނަށެވެ.
(ކ) ހުއްދައަށް އެދޭ ކުންފުންޏަކީ، މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދ،ަ ވޭތުވެދިޔަ 3 (ތިނެއް) އަހަރުދުވަހުގެތެރޭގައި ބާތިލުކޮށްފައިވާ ކުންފުންޏެއް ކަމުގައި ނުވުން.
(އ) ހުއްދައަށް އެދި ހުށަހަޅާއިރު މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ސަސްޕެންޑްކޮށްފައިވާ ފަރާތެއ،ް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭކުންފުންޏެއް ކަމުގައި ނުވުން.
(ވ) އެއްވެސް ފަރާތަކަށް ފައިސާއެއް ދައްކަންޖެހި، އެ ފައިސާއެއް ދައްކަންޖެހޭ ގޮތުގެ މަތީން ދައްކަމުންނުދާ ކުންފުންޏެއް ކަމުގައި ނުވުން.
(މ) މިނިސްޓްރީން ކުރިން ދޫކޮށްފައިވާ ހުއްދައިގެ ދަށުން އެއްވެސް ސަބަބަކާހެދިޖޫރިމަނާއެއް ކޮށްފައިވާ ނަމަ، އެ ފައިސާ ދައްކައި ހަލާސްކޮށްފައިވުން.
(ފ) މި އުސޫލުގެ ދަށުން ހުއްދަ ހޯދުމަށް ޕްރޮޕޯޒަލާއެކު ހުށަހަޅަންޖެހޭކަމަށް ބަޔާންކޮށްފައިވާ ލިޔެކިޔުންތަކުގައި ބަޔާންކޮށްފައިވާ ށަރުތުތައް ހަމަވުން.
ދެވަނަ ބާބު
ޕްރޮޕޯޒަލް ހުށަހެޅުމާއި ބަލައިގަތުމާއި ޗެކުކުރުން
6 ވަނަ މާއްދާ - ހުއްދައަށް އެދި ޕްރޮޕޯޒަލް ހުށަހެޅުން
އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި ހުށަހަޅަންވާނީ ޕްރޮޕޯޒަލަކުންނެވެ. ޕްރޮޕޯޒަލް ހުށަހެޅުމުގައި އަމަލުކުރާނީ ތިރީގައިވާ ގޮތުގެ މަތީންނެވެ.
(ހ) ކޮންމެ ކުންފުންޏަކަށް ވެސް ހުށަހެޅޭނީ، ގިނަވެގެން 1 (އެކެއް) ޕްރޮޕޯޒަލެވެ.
(ށ) ޕްރޮޕޯޒަލް ހުށަހަޅަން އަންނަ ފަރާތަކީ، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މެންބަރަކަށް ވާންވާނެއެވެ. ޑިރެކްޓަރުންގެ ބޯޑުގައި ނުހިމެނޭ ފަރާތެއް ޕްރޮޕޯޒަލް ހުށަހަޅާ ނަމަ، އެ ފަރާތަކީ ކުންފުނީގެ ފަރާތުން ޕްރޮޕޯޒަލް ހުށަހެޅުމަށް ހުއްދަ ދީފައިވާ ފަރާތެއްކަން އަންގައިދޭ، ކުންފުނީގެ ތައްގަނޑު ޖެހި ސިޓީއެއް ނުވަތަ ލިޔުމެއް އޮންނަންވާނެއެވެ. މި ސިޓީ ނުވަތަ ލިޔުން އޮންނަންވާނީ، މިނިސްޓްރީއަށް ހުށަހަޅާ ޕްރޮޕޯޒަލާ ވަކީންނެވެ. މީގެ އިތުރުން، އެ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑު ގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
(ނ) ޕްރޮޕޯޒަލް ހުށަހެޅުމުން، މި އުސޫލުގެ ޖަދުވަލު 1 ގައިވާ "ޕްރޮޕޯޒަލް ލިބުނުކަމުގެ ލިޔުން"، ޕްރޮޕޯޒަލް ހުށަހެޅި ފަރާތަށް، މިނިސްޓްރީން ދޭންޖެހޭނެއެވެ.
(ރ) އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި ހުށަހަޅާ ޕްރޮޕޯޒަލުގެ ނަމޫނ،ާ މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ޕްރޮޕޯޒަލުގެ ނަމޫނ،ާ މިނިސްޓްރީގެ ވެބްސައިޓުކަމުގައިވާ www.islamicaffairs.gov.mv އިން ޑައުންލޯޑް ކުރެވެން ވެސް ހުންނަންވާނެއެވެ.
7 ވަނަ މާއްދާ - ޕްރޮޕޯޒަލާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް
ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި ހުށަހަޅާއިރު، ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތަކުގެ މައްޗަށް ހިމެނޭ ޕްރޮޕޯޒަލެއް ހުށަހަޅަންވާނެއެވެ.
(ހ) ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ (އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގެ ހުއްދަ އޮތް ގާނޫނީ ވަކީލަކު ތައްގަނޑު ޖަހައިފައިވާ ކޮޕީ).
(ށ) ކުންފުނީގެ އަސާސީ ގަވާއިދާއި، ހިންގާ ގަވާއިދުގެ ކޮޕީ )ކަމާ ގުޅޭ ވުޒާރާގެ ތައްގަނޑު ޖަހައިފައިވާ އަދި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގެ ހުއްދަ އޮތް ގާނޫނީ ވަކީލަކު ތައްގަނޑު ޖަހައިފައިވާ ކޮޕީ(.
(ނ) ކުންފުނީގެ ފަރާތުން އުމްރާއަށް މީހުން ގެންދިޔުމަށް ކުންފުނީގެ ބޯޑުން ފާސްކޮށްފައިވާ ގަރާރުގެ ކޮޕީ.
(ރ) ވިޔަފާރިއާއި އިގްތިސާދުގެ ކަންކަން އެ އިރަކު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއިން ދޫކޮށްފައިވާ އެންމެ ފަހުގެ ކޮމްޕެނީ ޕްރޮފައިލް ށީޓުގެ އަސްލާ ކޮޕީއެއ.ް މި ލިޔުމުގައި، އަންނަނިވި މައުލޫމާތު ހިމަނައިފައި އޮންނަންވާނެއެވެ.
- ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މެންބަރުންގެ ފުރިހަމަ މައުލޫމާތު (ނަން، ކުންފުނީގެ މަގާމ،ު އެޑްރެސ،ް ފޯނު ނަންބަރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ).
- ހިއްސާދާރުންގެ މައުލޫމާތު އަންގައިދޭ ކަމާބެހޭ އިދާރާގެ ލިޔުމާއި، ހިއްސާދާރުންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.
(ބ) ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މެންބަރުންގެ އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.
- ދައުލަތުގެ ކަމާ ގުޅޭ އިދާރާއިން ދޫކުރާ "ކުށާއި ދަރަނީގެ ރިކޯޑު ފޯމު" ފުރިހަމަކޮށްފައި ހުށަހެޅުން.
- މިނިސްޓްރީން ދޫކުރާ "ކުށާއި ދަރަނީގެ ރިކޯޑު ސާފުކުރާ ފޯމު" ފުރިހަމަކޮށްފައި ހުށަހެޅުން.
(ޅ) އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދޭ ކުންފުނިން ދައްކަންޖެހޭ ސާބިތު ދަރަންޏެއް ނެތްކަން ކަށަވަރުކުރުމަށް، މިނިސްޓްރީން ދޫކުރާ ފޯމު ފުރިހަމަކޮށްފައި ހުށަހެޅުން.
(ކ) އުމްރާއަށް ގެންދާ ފަރާތާއި ކުންފުންޏާ ދެމެދު ވެވޭ އެއްބަސްވުމުގެ ނަމޫނާގެ ކޮޕީ.
(އ) އުމްރާވެރީންގެ އަތުން ނަގާ ފައިސާ ޖަމާކުރުމަށް ހާއްސަކޮށްފައިވާ ކަލެކްށަން އެކައުންޓުގެ ތަފުސީލު.
(ވ) ޕްރޮޕޯޒަލް ހުށަހަޅާ ތާރީހާ ހަމަ ޔަށް ވޭތުވެދިޔަ 6 )ހައެއް( މަސްދުވަހުގެ ފައިނޭންށިއަލް ރިޕޯޓު )އަރަންޏާއި ދަރަނީގެ ތަފުސީލު އެނގޭނޭހެން(
(މ) ކުންފުނީގެ ޓެކްސް ކްލިއަރެންސް ފޯމު ފުރިހަމަކޮށްފައި ހުށަހެޅުނ.
(ފ) ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް ކުންފުނިން ފައިސާއެއް ދައްކަން އޮތް ނަމަ، އެ ފައިސާ އެ ފަރާތަކަށް ދައްކައި ހަލާސްކޮށްފައިވާކަންބަޔާންކޮށް، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ ގަރާރުގެ ކޮޕީ.
(ދ) ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގެންދާ ފަރާތްތަކުގެ ފުރިހަމަ މައުލޫމާތާއި، ސިއްހީ ހިދުމަތް ދިނުމަށް އެ ފަރާތްތަކަށް މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ދޫކޮށްފައިވާ ހުއްދައާއި، އުމްރާވެރީންނަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އެ ފަރާތުން އުފުލާނެކަމުގެ ލިޔުމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.
(ތ) ދީނީ ނަސޭހަތާއި އިރުށާދު ދިނުމަށް ގެންދާ ފަރާތްތަކުގެ ފުރިހަމަ މައުލޫމާތާއި، ދީނީ ނަސޭހަތްދިނުމަށް މިނިސްޓްރީން ދީފައިވާ ހުއްދައާއި، އުމްރާވެރީންނަށް ދީނީ ނަސޭހަތް ދިނުމުގެ ޒިންމާ އެ ފަރާތުން އުފުލާނެކަމުގެ ލިޔުމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.
(ލ) އަރަބިބަހުން މުއާމަލާތުކުރުމަށް ގެންދާ ފަރާތުގެ ފުރިހަމަ މައުލޫމާތާއި، އެ ފަރާތަކީ އަރަބިބަސް ދަންނަ ފަރާތެއްކަން އެނގޭނެ ސެޓުފިކެޓަކާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.
(ގ) އުމްރާ ދަތުރުގައި ކުންފުނީގެ ފަރާތުން ދާ އިސްވެރިޔާގެ ވަނަވަރާއި މަސްއޫލިއްޔަތު ބަޔާންކުރާ ލިޔުމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.
(ޏ) ކުންފުނީގެ އިދާރީ އޮނިގަނޑާއި، ހިންގުމުގެ އޮނިގަނޑާއި، ހިދުމަތް ފޯރުކޮށްދިނުމަށް ހުންނާނެ ވަސީލަތްތަކާއި ތިބޭނެ މުވައްޒަފުންގެ ތަފުސީލު.
(ސ) ކުންފުނި ހިންގުމަށް ފައިސާ ހޯދާ ގޮތާއި، ހުއްދައިގެ މުއްދަތަށް އުމްރާގެ ހިދުމަތް ދިނުމަށް އެކުލަވައިލައިފައިވާ ޕްލޭން.
8 ވަނަ މާއްދާ - ޕްރޮޕޯޒަލް ޗެކްކުރުން
(ހ) މި އުސޫލުގެ ދަށުން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ދެވޭނީ، ހުށަހަޅާ ޕްރޮޕޯޒަލް މިނިސްޓްރީން ބަލައި ޗެކުކުރުމަށްފަހުގައެވެ.
(ށ) ޕްރޮޕޯޒަލް ޗެކުކުރާ މަރުހަލާގައި، މި އުސޫލުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަނުވާ ކުންފުނިތަކުގެ ޕްރޮޕޯޒަލް ބާތިލުކުރެވޭނެއެވެ.
(ނ) ޕްރޮޕޯޒަލް ޗެކްކުރުމުގެ މަރުހަލާގައި، މި އުސޫލުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޕްރޮޕޯޒަލާއެކު ހުށަހަޅަންޖެހޭ ލިޔުމެއް ހުށަހަޅައިފައި ނުވާ ނަމަ ނުވަތަ އެ ލިޔުމުގައި ފުރިހަމަވާންޖެހޭ މައުލޫމާތު ފުރިހަމަނުވާ ނަމަ، އެ ފަދަ ޕްރޮޕޯޒަލެއް އިސްލާހުކުރުމަށް، ސަރުކާރު ބަންދު ނޫން 7 )ހަތެއް( ދުވަހުގެ ފުރުސަތެއް ދެވޭނެއެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން މި މުއްދަތުގައި ފުރިހަމަނުވާ ނަމަ، އެ ޕްރޮޕޯޒަލް ބާތިލުކުރެވޭނެއެވެ. އަދި ކުންފުނީގެ ޕްރޮޕޯޒަލް ދެން ބަލައިގަނެވޭނީ، މި ކަންކަން ފުރިހަމަކޮށްފައި އަލުން ޕްރޮޕޯޒަލް ހުށަހެޅުމުންނެވެ.
ތިންވަނަ ބާބު
ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ދިނުން
9 ވަނަ މާއްދާ - ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ދިނުން
(ހ) ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ދެވޭނީ، މި އުސޫލުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޕްރޮޕޯޒަލް ޗެކްކުރުމަށްފަހ،ުމި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކޮށްފައިވާ ފަރާތްތަކަށެވެ.
(ށ) މި އުސޫލުގެ ދަށުން ހުއްދަދެވޭ ކުންފުނިތަކަށް ހުއްދަ ދިނުމަށް ނިންމައިފައިވާކަން، މިނިސްޓްރީން ރަސްމީކޮށް ލިޔުމުން އެންގުމުން، މި އުސޫލުގެ ޖަދުވަލު 2 ގައި ހިމެނޭ ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދާ ކުންފުނިތަކުގެ ދަފުތަރުގައި ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ފޯމާއެކު،ރަޖިސްޓަރީ ފީގެ ގޮތުގައި 20,000 (ވިހިހާސް) ރުފިޔ،ާ މިނިސްޓްރީއަށް ދައްކަންވާނެއެވެ.
(ނ) ރަޖިސްޓަރީ ފީ ދެއްކުމުން، މި އުސޫލުގެ ޖަދުވަލު 3 ގައިވާ އެއްބަސްވުމުގައި ސޮއިކުރަންވާނެއެވެ. މި އެއްބަސްވުމުގައި ސޮއިކުރާނީ، ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރުމަށް ހުއްދަ ދީފައިވާ ފަރާތެއްކަން އަންގައިދޭ،ކުންފުނީގެ ތައްގަނޑު ޖެހި ސިޓީ ނުވަތަ ލިޔުން މިނިސްޓްރީއަށް ހުށަހަޅައިފައިވާ ފަރާތެކެވެ. އަދި ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ދިނުމަށް ނިންމައިފައިވާ ކުންފުނިތަކުން، މި އުސޫލުގެ ޖަދުވަލު 3 ގައިވާ އެއްބަސްވުމުގައި ސޮއިކުރި ނަމަވެސ،ް އުމްރާ އަށް ދާން އެދޭ މީހާގެ އަތުން ފައިސާ ނެގޭނީ، މި އުސޫލުގެ 15 ވަނަ މާއްދާއާއި 16 ވަނަ މާއްދާއާއި 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ނެވެ.
(ރ) މި މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރުމުން، އެންމެ ލަސްވެގެން، ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި، އެ ކުންފުންޏަކަށް ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައިގެ ލިޔުން މިނިސްޓްރީން ދޫކުރަންވާނެއެވެ.
10 ވަނަ މާއްދާ - ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ އައުކުރުން
(ހ) ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ އައުކުރުމަށް ބޭނުންވާ ނަމަ، ހުއްދަ ދޫކޮށްފައިވާ މުއްދަތު ހަމަވުމުގެ 30 (ތިރީސް) ދުވަހުގެ ކުރިން ހުއްދަ އައުކުރުމަށް އެދ،ި މި އުސޫލުގެ ޖަދުވަލު 6 ގައިވާ ހުއްދަ އައުކުރުމަށް އެދޭ ފޯމާއެކު ހުށަހަޅަންވާނެއެވެ. މި އުސޫލުގައިވާ ގޮތުގެ މަތީން ހުއްދަ އައުކުރުމަށް އެދި ހުށަހެޅުމަކީ، ކުންފުނީގެ ޒިންމާއެކެވެ. އަދި ހުއްދަ އައުކުރުމަށް އެދިފައިނުވާ ނަމަ، އެ ފަރާތެއް ދަފުތަރުން އުނިކުރެވޭނެއެވެ.މި މާއްދާގެ ދަށުން ހުށަހަޅާ ލިޔެކިޔުންތަކުގެ އިތުރަށް، މި އުސޫލުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެހެން އެއްވެސް ލިޔެކިޔުމަކަށް ބަދަލެއް އައިސްފައިވާ ނަމަ، އެ ލިޔެކިޔުމެއް ވެސ،ް ހުއްދަ އައުކުރުމަށް އެދޭ ފޯމާއެކު ހުށަހަޅަންވާނެއެވެ.
(ށ) ހުއްދަ އައުކުރުމުގެ ގޮތުން އިވެލުއޭށަންގެ ކަންކަން ކުރިޔަށްގެންދާނީ، މި އުސޫލުގެ 2 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ. އަދި ހުއްދަ އައުކުރުމާ ގުޅޭ ކަންކަމުގައި އަމަލުކުރާނީ، މި އުސޫލުގެ 9 ވަނަ މާއްދާއާ އެއްގޮތަށެވެ. އެހެންނަމަވެސް ހުއްދަ އައުކުރުމަށް ރަޖިސްޓަރީ ފީއެއްގެ ގޮތުގައި ދައްކަންޖެހޭނީ 15,000 (ފަނަރަ ހާސް) ރުފިޔާއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރަޖިސްޓަރީ ފީ ދެއްކުމުން، މި އުސޫލުގެ 9 ވަނަ މާއްދާގެ (ނ) އާއި (ރ) އާ އެއްގޮތްވާ ގޮތުގެ މަތީން އެއްބަސްވުމުގައި ސޮއިކުރުމާއި ލިޔުން ދޫކުރުމުގެ ކަންކަން ކުރިޔަށްގެންދެވޭނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ހުއްދަ އައުކުރަން ހުށަހަޅައިފައި ނުވާ ނަމަ، ދެން ހުއްދައަށް އެދި ހުށަހަޅަންޖެހޭނީ، މި އުސޫލުގެ 5 ވަނަ މާއްދާއާއި 6 ވަނަ މާއްދާއާއި 7 ވަނަ މާއްދާއާއި 9 ވަނަ މާއްދާގެ (ށ) އާ އެއްގޮތަށް، އައު ޕްރޮޕޯޒަލެކެވެ.
(ބ) މި އުސޫލުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް އުނިވެއްޖެ ނަމަ ނުވަތަ އެއިން ށަރުތަކާ ހިލާފުވެފައިވާ ނަމަ ނުވަތަ މި އުސޫލުގެ ދަށުން ދައްކަންޖެހޭ އެއްވެސް ފައިސާއެއް ދައްކައިފައި ނުވާ ނަމަ ނުވަތަ މި އުސޫލުގެ ދަށުން ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދާ ކުންފުނިތަކާ މިނިސްޓްރީއާ ދެމެދު އެކުލަވައިލާ އެއްބަސްވުމާ ހިލާފުވެފައިވާ ނަމަ،ހުއްދަ އައުކޮށެއް ނުދެވޭނެއެވެ.
(ޅ) މި އުސޫލުގެ ދަށުން ދަތުރުގެ ކުރިންނާއި ދަތުރުގެ ފަހުން ހުށަހަޅަންޖެހޭކަމަށް ބަޔާންކޮށްފައިވާ ލިޔެކިޔުން ހުށަހަޅައިފައި ނުވާ ނަމަ ނުވަތަ އާންމު މަސްލަހަތަށް ޓަކައި ހުއްދަ އައުކޮށްނުދީ ހިފަހައްޓަންޖެހޭކަމަށް މިނިސްޓްރީއަށް ފެނިއްޖެ ނަމަ، އެ ކަމެއްގެ ކުޑަބޮޑުމިނަށް ރިއާޔަތްކޮށް، އެ ފަރާތަކަށް ހުއްދަ އައުކޮށްނުދިނުމުގެ އިހްތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ކ) ހުއްދަ އައުކުރުމަށް އެދި ހުށަހަޅައިފައިވާ ހުށަހެޅުމެއް ބެލުމުގައި، އަލަށް ބޭނުންވާ މައުލޫމާތަކަށް ނުވަތަ އިތުރަށް ބޭނުންވާ މައުލޫމާތަކަށް އެދުމުގެ އިހްތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.
ހަތަރުވަނަ ބާބު
އުމްރާގެ ހިދުމަތް ދިނުން
11 ވަނަ މާއްދާ - ދަތުރުތައް ރޭވުމާއި، ދަތުރުގެ މައުލޫމާތު އާންމުކުރުމާއި، އުމްރާގެ ހިދުމަތް ދިނުން
(ހ) މި އުސޫލުގެ ދަށުން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ލިބޭތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި، އަންނަނިވި ލިޔެކިޔުންތައް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
- އުމްރާގެ ހުއްދައިގެ މުއްދަތުގައި ކުރަން ނިންމައިފައިވާ ދަތުރުތަކުގެ ޕްލޭން (ލަފާކުރާ ތާރީހާއި ދަތުރުގެ އަދަދު) ގެ ތަފުސީލު، މިނިސްޓްރީން ކަނޑައަޅައިފައިވާ ފޯމެޓަކާ އެއްގޮތަށް ހުށަހެޅުނ.
- މި އުސޫލުގެ 7 ވަނަ މާއްދާގެ (ދ) އާއި (ތ) އާއި (ލ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހެޅުން.
(ށ) މި އުސޫލުގެ ދަށުން ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ލިބޭތާރީހުން ފެށިގެން، ހުއްދައިގެ މުއްދަތުގެ ތެރޭގައި، މަދުވެގެން 1 (އެކެއް)އުމްރާ ދަތުރު ފުރިހަމަކޮށްފައި ނުވާ ނަމަ، ހުއްދަ އައުކޮށްނުދިނުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ނ) އުމްރާ ދަތުރުތަކާ ގުޅޭގޮތުން އިސްތިހާރުކުރާ ޕެކޭޖުތަކުގެ ތަފުސީލު އަގު ހިމެނޭ ގޮތަށް، މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. އަދި އެ ޕެކޭޖަށް އިތުރު ބަދަލެއް އަތުވެއްޖެ ނަމަ، އެކަން ވެސް ހުށަހަޅަންވާނެއެވެ.
12 ވަނަ މާއްދާ - އުމްރާގެ ހިދުމަތް ދިނުމަށް އެހީތެރިން ގެންދިއުން
އުމްރާގެ ދަތުރުކުރާއިރު އެ ދަތުރެއްގައި ކުންފުނީގެ ފަރާތުން އެހީތެރީންގެ ގޮތުގައި އަންނަނިވި ފަރާތްތައް ހިމަނަންވާނެއެވެ.
(ހ) ދަތުރުގެ އިސްވެރިޔާ.
(ށ) ދީނީ މުރުށިދ.ު
(ނ) ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 1 (އެކެއް) ނަރުސް ނުވަތަ 1 (އެކެއް) ޑޮކްޓަރު.
(ރ) އިސްވެ ބަޔާންކުރި ކޮންމެ ހިދުމަތަކަށް ވަކި ފަރާތެއް އައްޔަނުކޮށްފައިހުންނަންވާނެއެވެ. އަދި އެ ފަރާތަކީ ހަމަ އެއްވަގުތެއްގައި އެހެން ކުންފުންޏެއްގެ އެހީތެރިއެއްގެ ޒިންމާ އޮތް ފަރާތެއްކަމުގައި ވެގެން ނުވާނެއެވެ.
(ބ) މި މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކާއެކު ހިދުމަތް ފޯރުކޮށްދިނުމުގެ އެއްބަސްވުމެއް އެކުލަވައިލައިފައި އޮންނަންވާނެއެވެ. މި އެއްބަސްވުމުގައި، އެންމެ މަދުވެގެން ވެސ،ް އަންނަނިވި މައުލޫމާތުތައް ހިމަނައިފައި އޮންނަންވާނެއެވެ.
- ދެފަރާތުގެ މައުލޫމާތާއި، ހުއްދައިގެ ނަންބަރު؛
- ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ އުމްރާ ދަތުރުގެ ތަފުސީލު (އުމްރާ ދަތުރަށް ފުރާނެ ތާރީހާއި އެނބުރި އަންނަ ތާރީހު)؛
- ހިދުމަތާ ގުޅިގެން ދެފަރާތުން އެއްބަސްވާ ކަންކަމާއި ޒިންމާތަކާއި މަސްއޫލިއްޔަތުތައް؛
- ހިދުމަތަށް އަގުދިނުމަށް ހަމަޖެހިފައިވާ ގޮތް؛
- ހުރުމާއި ކެއުމާއި ދަތުރުގެ އިންތިޒާމު ހަމަޖައްސައިދޭނެ ގޮތްތައް؛
- އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ އަމަލުކުރެވޭނެ ގޮތް؛
- އެއްބަސްވުމުގައި ނުހިމެނޭ ކަމެއް މެދުވެރިވެއްޖެ ނަމަ އަމަލުކުރެވޭނެ ގޮތް؛
- މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަރާތުގެ އިހުމާލުން އުމްރާވެރިއެއްގެ ހައްގަކަށް އުނިކަން އަތުވެއްޖެ ނަމަ ނުވަތަ އުމްރާވެރިޔަކަށް ގެއްލުމެއް ލިބިއްޖެ ނަމަ، އެކަމުގައި އަމަލުކުރާނެ ގޮތް.
13 ވަނަ މާއްދާ - އުމްރާއަށް ދިޔުމަށް އެދޭ ފަރާތްތަކަށް ހިދުމަތްދޭ އޮފީހުގައި ހުންނަންޖެހޭ މިންގަނޑުތައް
ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ލިބޭ ކުންފުނިތަކުން، ހުއްދަ ލިބޭތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި، އަންނަނިވި މިންގަނޑަށް ފެތޭގޮތަށް، އުމްރާއަށް ދިޔުމަށް އެދޭ ފަރާތްތަކަށް ހިދުމަތްދޭ އޮފީސް ގާއިމުކުރަންވާނެއެވެ.
(ހ) ކުންފުނީގެ ނަންބޯޑާއި، އޮފީހުގެ އެޑްރެހާއި، އޮފީހާ ގުޅޭނެ ޓެލެފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއި، އެ އޮފީހުން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށް އެނގޭނޭގޮތަށް އޮފީހުގެ ބޭރުގައި ބަހައްޓައިފައި ހުރުން.
(ށ) އޮފީސް ހުޅުވައިފައި ހުންނަ ކޮންމެ ގަޑިއެއްގައި ވެސ،ް ޖަވާބުދާރީވާނެ މުވައްޒަފަކު އެ އޮފީހުގައި އިނުން.
(ނ) އުމްރާއަށް މީހުން ގެންދިޔުމަށް މިނިސްޓްރީން ދޫކުރާ ހުއްދ،ަ ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ފެންނާނޭހެން ބަހައްޓައިފައި ހުރުން.
(ރ) އުމްރާއަށް ދިޔުމަށް ޓަކައި ފައިސާ ދައްކާ ފަރާތާއި ކުންފުންޏާ ދެމެދު ވެވޭ އެއްބަސްވުމާއި، އެންމެހައި ލިޔެކިޔުންތައ،ް ކަމާބެހޭ ފަރާތްތަކުން ބަލަން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ފަސޭހައިން ފެންނާނޭގޮތަށް ފައިލުކޮށް ބެލެހެއްޓުނ.
14 ވަނަ މާއްދާ - އުމްރާއަށް މީހުން ގެންދިޔުމަށް ހުއްދަދެވޭ ފަރާތްތަކުގެ މައުލޫމާތު މިނިސްޓްރީން ބެލެހެއްޓުމާއި، އެ މައުލޫމާތު އާންމުކުރުން
އުމްރާއަށް މީހުން ގެންދިޔުމަށް ހުއްދަދެވޭ ފަރާތްތަކުގެ ދަފުތަރެއް މިނިސްޓްރީގައި އޮންނަންވާނެއެވެ. އުމްރާއަށް މީހުން ގެންދެވޭނީ އެ ދަފުތަރުގައި ހިމެނޭ ފަރާތްތަކަށް އެކަންޏެވެ.
(ހ) އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ދެވިފައިވާ ފަރާތްތަކުގެ އެންމެ ފަހުގެ މައުލޫމާތު މިނިސްޓްރީގެ ދަފުތަރުގައި ހިމަނަންވާނެއެވެ. އަދި އެ ދަފުތަރާއި ދަފުތަރުގައި ހިމެނޭ މައުލޫމާތު ގަވާއިދުން އަދާހަމަކުރަންވާނެއެވެ.
(ށ) ދަފުތަރުގައި ހިމެނޭ ފަރާތްތަކުގެ ފުރިހަމަ މައުލޫމާތު އާންމުކޮށް އެނގޭނޭ ފަދަ ގޮތަކަށް (ކުންފުނީގެ ނަމާއި، ގުޅޭނެ ފޯނު ނަންބަރު) މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރަންވާނެއެވެ. އަދި ގަވާއިދުން އަދާހަމަކުރަންވާނެއެވެ.
15 ވަނަ މާއްދާ - އުމްރާއަށް ގެންދާ ފަރާތާއި ކުންފުންޏާ ދެމެދު ވެވޭ އެއްބަސްވުން
(ހ) އުމްރާއަށް ދިއުމުގެ ބޭނުމަށް ފައިސާ ނަގަންވާނީ ނުވަތަ ދައްކަންވާނީ، އުމްރާއަށް ދާ ފަރާތާއި ކުންފުންޏާ ދެމެދު ވެވޭ އެއްބަސްވުމުގައި ސޮއިކުރުމަށްފަހުގައެވެ.
(ށ) ކުންފުންޏާއި އުމްރާއަށް ދާ ފަރާތާ ދެމެދު ވެވޭ އެއްބަސްވުމުގައި އަންނަނިވި މައުލޫމާތު ހިމެނުން ލާޒިމުވާނެއެވެ.
- އުމްރާ ދަތުރުގެ ޖުމުލަ އަގު؛
- އުމްރާގެ ދަތުރުކުރުމަށް ހަމަޖެހިފައިވާ ތާރީހާއި މުއްދަތު؛
- މި އުސޫލުގެ 7 ވަނަ މާއްދާގެ (އ) އާއި 17 ވަނަ މާއްދާގެ (ށ) ގެ ދަށުން ލާޒިމުކުރ،ާ އުމްރާއަށް ގެންދިޔުމަށް ފައިސާ ޖަމާކުރުމަށް ޕްރޮޕޯޒަލުގައި ހިމަނައިފައިވާ ހާއްސަ ބެންކު އެކައުންޓު (ކަލެކްށަން އެކައުންޓު) ގެ ތަފުސީލު (އެކައުންޓުގެ ވެރިފަރާތުގެ ނަމާއި، އެކައުންޓުނަންބަރު)؛
- އުމްރާވެރިޔާއާއި ކުންފުންޏާ ދެމެދު މުއާމަލާތުކުރެވޭ ގޮތް ބަޔާންކުރުން (ރާއްޖެއިން ގުޅޭނެ ފޯނު ނަންބަރާއި، ރާއްޖެއިން ބޭރުން ގުޅޭނެ ފޯނު ނަންބަރު)؛
- އުމްރާވެރިޔާއަށް ދޭ ވަކިވަކި ހިދުމަތްތަކުގެ އަގު ހިމެނޭހެން ދަތުރު ޕެކޭޖުގެ ޖުމުލަ އަގު އެއްބަސްވުމުގައި ހިމެނުން؛
- އުމްރާވެރިޔަކަށް ދިމާވާ ހާއްސަ ހާލަތެއްގެ ސަބަބުން ނުވަތަ ކުންފުނީގެ އަމިއްލަ ބާރެއް ނެތި ދިމާވާ ހާއްސަ ހާލަތަކާ ގުޅިގެން ކުންފުނިންކަނޑައަޅައިފައިވާ ދުވަހުގައި އުމްރާގެ އަޅުކަން އަދާކުރުމަށް ނުފުރިއްޖެ ނަމަ، ކުންފުނިން އަމަލުކުރާނެ ގޮތް؛
- އުމްރާ ދަތުރުގައި އުމްރާވެރިއެއްގެ ފޮށި ނުވަތަ ޕާސްޕޯޓް ނުވަތައެ ނޫން ވެސް މުހިންމު އެއްޗެއް ގެއްލިއްޖެ ހާލަތެއްގައި ކުންފުނިން އަމަލުކުރާނެ ގޮތް؛
- ކުންފުނީގެ އިހުމާލުން އުމްރާވެރިއެއްގެ ހައްގަކަށް އުނިކަންއަތުވެއްޖެ ނަމަ ނުވަތަ އުމްރާވެރިއަކަށް ގެއްލުމެއް ލިބިއްޖެ ނަމަ، ބަދަލުދިނުމުގައި ކުންފުނިން އަމަލުކުރާނެ ގޮތް؛
- ވަކި ހާއްސަ އުޒުރެއް ދިމާވުމާ ގުޅިގެން އުމްރާއަށް ނުދެވޭ ފަދަ ހާލަތެއް ދިމާވެގެން އުމްރާއަށް ދިއުމަށް ދެއްކި ފައިސާ އަނބުރާ ހޯދުމަށް އުމްރާވެރިޔާ އެދިއްޖެ ނަމަ، އެހައިތަނަށް އެ ފައިސާއިން އުމްރާއަށް ދާން އެދޭ މީހާއަށް ދަތުރުގެ ބޭނުމަށް ކުންފުނިން ކޮށްފައިވާ ހަރަދު ކަނޑައިފައި ބާކީވާ ފައިސާ އަނބުރާ ދޭނެ ގޮތުގެ ޕޮލިސީ ތަފުސީލުކޮށް ހިމެނުން؛
- ދެފަރާތުން ކުރެ ފަރާތަކުން އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ އަމަލުކުރެވޭނެ ގޮތް؛
- އެއްބަސްވުމުގައި ނުހިމެނޭ ކަމެއް މެދުވެރިވެއްޖެ ނަމަ އަމަލުކުރެވޭނެ ގޮތް؛
- މި އުސޫލުގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރުން ދެފަރާތުގެ ޒިންމާގެ ގޮތުގައި ހިމެނުން؛
- އުމްރާވެރިޔާއަށް ބަލި ހާލަތެއް ދިމާވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރަންޖެހޭ ފަދަ ހާލަތެއް ދިމާވެއްޖެ ނަމަ އެކަމުގައި ކުންފުނިން އަމަލުކުރާނެ ގޮތާއި، ބޭސްފަރުވާގެ ހަރަދުތައް ހަމަޖައްސާނެ ގޮތްތައް؛
- އުމްރާވެރިޔާގެ ޒިންމާތަކާއި ކުންފުނީގެ ޒިންމާތައ.ް
16 ވަނަ މާއްދާ - އެއްބަސްވުމާ ގުޅިގެން ލާޒިމުވާ އެހެނިހެން ކަންކަން
(ހ) އުމްރާއަށް ދާ ފަރާތާއި ކުންފުންޏާ ދެމެދު ވެވޭ އެއްބަސްވުން ބަލަން ބޭނުންވެއްޖެ ހިނދެއްގައި މިނިސްޓްރީއަށް ފެންނަގޮތަށް ކުންފުނީގައި އެ އެއްބަސްވުން އޮންނަންވާނެއެވެ.
(ށ) އުމްރާއަށްދާ ފަރާތާއި ކުންފުންޏާ ދެމެދު ވެވޭ އެއްބަސްވުމުގެ ކޮޕީއެއ،ް އުމްރާއަށް ދާ ފަރާތަށް ދޭންވާނެއެވެ. އެ އެއްބަސްވުމުގެ ކޮޕީއެއ،ް އުމްރާދަތުރު ނިމިގެން އެނބުރި ރާއްޖެއަށް އައުމާ ހަމަޔަށް، އުމްރާއަށް ދާ ފަރާތުގެ އަތުގައި އޮންނަންވާނެއެވެ.
(ނ) މި އުސޫލުގެ ދަށުން އުމްރާއަށް މީހުން ގެންދާ ކުންފުންޏާއި އުމްރާއަށް ދާން އެދޭ މީހުންނާއެކު މި އުސޫލުގައި ބަޔާންކޮށްފައިވާ އެއްބަސްވުމެއް ނެތި އުމްރާއަށް މީހުން ގެންދިޔުމަކީ މަނާކަމެކެވެ.
17 ވަނަ މާއްދާ - އުމްރާއަށް ދިޔުމަށް ފައިސާ ދެއްކުމާއި، ފައިސާ ބަލައިގަތުން
މި އުސޫލުގެ ދަށުން، އުމްރާއަށް ދިޔުމަށް އެދޭ ފަރާތްތަކުގެ އަތުން ފައިސާ ނެގުމުގައްޔާއި އެ ފައިސާ ކުންފުންޏަށް ދެއްކުމުގައި އަމަލުކުރަންވާނީ، ތިރީގައިވާ ގޮތުގެ މަތީންނެވެ. އުމްރާއަށް ދިޔުމަށް ފައިސާ ދެއްކުމާއި، ފައިސާ ބަލައިގަތުން އުމްރާއަށްދާ ފަރާތްތަކުން ފައިސާ ދެއްކުމުގެ ކުރިން ހިދުމަތަށް އެދި ހުށަހަޅަންޖެހޭ "އުމްރާއަށް މީހުން ގެންދާ ކުންފުނިން ތައްޔާރުކޮށްފައިވާ ހިދުމަތަށް އެދި ހުށަހަޅަންޖެހޭ ފޯމު" ފުރިހަމަކޮށްފައި އޮންނަންވާނެއެވެ.
(ށ) އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ މިނިސްޓްރީން ދީފައިވާ ކޮންމެ ކުންފުންޏަކުން ވެސް އުމްރާއަށް ގެންދިޔުމަށް ފައިސާ ޖަމާކުރުމަށް ވަކި ހާއްސަ ބެންކު އެކައުންޓެއް (ކަލެކްށަން އެކައުންޓެއް)، މި އުސޫލުގެ 7 ވަނަ މާއްދާގެ (އ) ގެ ދަށުން، އެ ކުންފުންޏެއްގެ ނަމުގައި ހުޅުވަންވާނެއެވެ. މި އެކައުންޓަށް އުމްރާއަށް ދާން އެދޭ މީހުން އުމްރާއަށް ދިޔުމަށް ދައްކާ ފައިސާ ނޫން އެހެން ފައިސާއެއް ޖަމާކޮށްގެން ނުވާނެއެވެ. އަދި އުމްރާއަށް ދާން އެދޭ މީހާއާއި ކުންފުންޏާ ދެމެދު ހިންގާ ފައިސާގެ މުއާމަލާތްތައް ހިންގަންވާނީ، މި އެކައުންޓު މެދުވެރިކޮށެވެ. އަދި އުމްރާއަށް ދާން އެދޭ އެއްވެސް މީހެއްގެ އަތުން އުމްރާއަށް ގެންދިޔުމުގެ ނަމުގައި، ނަގުދު ފައިސާ ނަގައިގެން ނުވާނެއެވެ.
(ނ) މިނިސްޓްރީން ބޭނުންވެއްޖެ ހިނދެއްގައި، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާއެކައުންޓުތަކުގެ މުއާމަލާތްތަކާ ގުޅޭ ތަފުސީލު (މިނިސްޓްރީން އެދޭ ވަކި މުއްދަތެއްގެ ތަފުސީލު) ކުންފުނިން ފޯރުކޮށްދޭންވާނެއެވެ. މި ތަފުސީލު ހޯދަން މިނިސްޓްރީން އަންގާތާ ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި ފޯރުކޮށްދޭންވާނެއެވެ. އަދި މި ތަފުސީލު ފޯރުކޮށްދީފައި ނުވާ ނަމަ، އެ ފަރާތަކަށް ދީފައިވާ ހުއްދަ ބާތިލުކުރުމުގެ އިހްތިޔާރު ނުވަތަ އިތުރަށް ހުއްދަ ނުދިނުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ރ) އުމްރާއަށް ދިއުމަށް ޓަކައި ކުންފުންޏަށް ފައިސާ ދެއްކިކަމުގެ ރަސީދެއް (ކުންފުނީގެ ލޯގޯއާއި ތައްގަނޑު ހިމެނޭ ސްލިޕެއް) ފައިސާ ދައްކާ ފަރާތްތަކަށް ދޭންވާނެއެވެ. މި ރަސީދުގައި، ހިދުމަތްތަކަށް ފައިސާ ދެއްކިގޮތުގެ ތަފުސީލުހިމަނައިފައި އޮންނަންވާނެއެވެ. އަދި މި ރަސީދު ލިބުނުކަން އުމްރާއަށް ދާން އެދޭ މީހާ ޔަގީންކުރަންވާނެއެވެ.
(ބ) އުމްރާއަށް ދާންއެދޭ މީހުންނާއި ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމުގައި،އުމްރާގެ އަގުގެ ގޮތުގައި ނެގުމަށް ކަނޑައަޅައިފައިވާ ފައިސާގެ އިތުރުން، އުމްރާއަށް ދާން އެދޭ މީހާ އެދިގެން، އެއްބަސްވުމުގައި ބަޔާންކޮށްފައިނުވާ ހިދުމަތަކަށް އުމްރާއަށް ދާން އެދޭ މީހާގެ އަތުން ފައިސާ ނަގާ ނަމަ، ކުންފުނީގެ ލޯގޯއާއި ތައްގަނޑު ހިމެނޭގޮތަށް، ފައިސާ ނެގިކަމުގެ ރަސީދު، އުމްރާއަށް ދާންއެދޭ މީހާއަށް، ކުންފުނިތަކުން ދޭންވާނެއެވެ.
(ޅ) އުމްރާއަށް ދިއުމަށް ފައިސާ ދެއްކުމަށްފަހ،ު މި އުސޫލުގެ 15 ވަނަ މާއްދާގެ (ށ) ގެ (9) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފައިސާ އަނބުރާ ހޯދުމަށް އެދުމުގެ ހައްގ،ު އުމްރާއަށް ދިއުމަށް ފައިސާ ދެއްކި ފަރާތަށް ލިބިގެންވެއެވެ.
(ކ) މި އުސޫލުގެ ދަށުން އުމްރާ ދަތުރަކަށް ފައިސާ ނެގުމަށްފަހު އެ ފައިސާ ހަރަދުކުރަންވާނީ، އުމްރާގެ ހިދުމަތްތައް ހަމަޖެއްސުމަށް އެކަންޏެވެ. މިނޫން އެހެން އެއްވެސް ކަމަކަށް ފައިސާ ހަރަދުކުރުމާއި އިންވެސްޓްކުރުމަކީ މަނާކަމެކެވެ.
(އ) އުމްރާއަށް ދިއުމަށް ދެއްކި ފައިސާއިން ކޮށްފައިވާ ހަރަދު (އުމްރާއަށް ދާން އެދޭ ކޮންމެ މީހެއްގެ ފައިސާއިން ކުރި ހަރަދު ސާބިތުވާނެ ފަދަ ލިޔެކިޔުންތައް) ކުންފުނިން ރައްކައުކުރަންވާނެއެވެ.
18 ވަނަ މާއްދާ - އުމްރާއަށްދާ ފަރާތްތަކަށް ކުންފުނީގެ ފަރާތުން ފުރިހަމަކޮށްދޭންޖެހޭ ކަންތައްތައް
އުމްރާއަށް ދާ ފަރާތްތަކަށް ކޮންމެ ކުންފުންޏަކުން ވެސ،ް ތިރީގައިވާ ކަންތައްތައް ފޯރުކޮށްދޭން ޖެހޭނެއެވެ.
(ހ) ވައިގެ މަގުން ދެކޮޅު ޓިކެޓ،ް އުމްރާއަށް ދާ ފަރާތްތަކަށް ކުންފުނީގެ ފަރާތުން ހަމަޖެއްސުމާއި، ސައޫދީ އަރަބިއްޔާއަށް ދިޔުމަށާއި އެނބުރި ރާއްޖެ އައުމަށް، ވީހައި ވެސް ކުރު، ފަސޭހަ ރޫޓްތަކުން ދަތުރު ހަމަޖެއްސުން.
(ށ) އުމްރާއަށް ގޮސްތިބޭ ދުވަސްވަރު، އެ ކުންފުންޏެއްގެ އުމްރާ ޕެކޭޖުގައިވާ ގޮތުގެ މަތީން ހުރުމާއި ކެއިންބުއިމާއި އެއްގަމުގެ ދަތުރުތައް އުމްރާ އަށް ގޮސްތިބި މީހުންނަށް ހަމަޖައްސައިދޭންވާނެއެވެ. އަދި ކޮންމެ ކުންފުންޏަކުން ވެސ،ް އުމްރާއަށް ގެންދާ މީހުންނަށް އެ ކުންފުންޏަކުން ދިނުމަށް އެއްބަސްވެފައިވާ އެންމެހައި ހިދުމަތްތައް (މި އުސޫލާއި ޕްރޮޕޯޒަލާއި އުމްރާއަށް ދާން އެދުނު މީހާއާއެކު ވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އެންމެހައި ހިދުމަތްތައް) ފޯރުކޮށްދިނުން.
(ނ) މަހުރަމުން ފިޔަވައި ކޮޓަރިތަކުގައި ދެޖިންސު ވަކިން ބޭތިއްބުން.
(ރ) އުމްރާއަށް ދާ މީހުންނަށް އުމްރާގެ އަޅުކަން ފުރިހަމައަށް އަދާކުރުމަށް ފަސޭހައިން މަގުފަހިވާނެގޮތަށް އެންމެހައި އިންތިޒާމުތައް ހަމަޖައްސައިދ،ީ އަޅުކަމުގައި އެހީތެރިވެދ،ީ ގުރޫޕުގެ ފަރާތުން އެކަން ކަށަވަރުކުރުން.
(ބ) ރާއްޖެއިން އުމްރާއަށް ފުރާ ދުވަހުން ފެށިގެން އެނބުރި ރާއްޖެއަށް އައުމާ ހަމަޔަށް އުމްރާއަށް ދިޔަ މީހުން ދަތުރުކުރާ ހުރިހާ ދަތުރުތަކެއްގައި އެ މީހުންނާއެކު ކުންފުނީގެ ފަރާތުން ޒިންމާ އުފުލޭނެ ފަރާތެއް ބައިވެރިވުން.
(ޅ) ހުއްދަ ދީފައިވާ ކުންފުންޏަކުން، މި މާއްދާގައި ބަޔާންކޮށްފައިވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ޓަކައި އިތުރު ފަރާތަކާ ހަވާލުކުރާ ނަމަ ނުވަތަ އެއްބަސްވުމެއް އެއްބަސްވާ ނަމަ، އެ ފަރާތަކީ އެ ހިދުމަތެއް ހޯދާ ގައުމެއްގައި އެފަދަ ހިދުމަތެއް ދިނުމަށް އެ ގައުމެއްގެ ސަރުކާރުގެ ރަސްމީ ހުއްދަ އޮތް ފަރާތެއްކަން ކަށަވަރުކުރުން.
19 ވަނަ މާއްދާ - މައުލޫމާތު ދިނުމާއި، އުމްރާ ދަތުރުގެ ރިޕޯޓު ހުށަހެޅުން
(ހ) އުމްރާއަށް މީހުން ގެންދާ ކުންފުނިން، އުމްރާގެ އަޅުކަމަށް ފުރުމުގެ 5 (ފަހެއް) ދުވަހުގެ ކުރިން، އަންނަނިވި މައުލޫމާތުތައް މިނިސްޓްރީއަށް ލިޔުމުން ހުށަހަޅަންވާނެއެވެ.
- ކުންފުނީގެ ބެލުމުގެ ދަށުން އުމްރާއަށް ގެންދާ މީހުންގެ ދަތުރު ހަމަޖެހިފައިވާ ގޮތުގެ ތަފުސީލު (ދަތުރުކުރުމަށް ހަމަޖެހިފައިވާ ތާރީހާއި، އުމްރާއަށް ގެންދާ މީހުންގެ އަދަދާއި، އެ އުމްރާއެއްގެ ދަތުރު ރޭވިފައިވާ ގޮތް)؛
- އުމްރާއަށް ދާ މީހުންގެ މައުލޫމާތު (އުމްރާއަށް ފުރާ މީހުންގެ ނަމާއި، އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ނަންބަރާއި، ޕާސްޕޯޓް ނަންބަރާއި، ފޮޓޯ ހިމެނޭ ތަފުސީލީ ލިސްޓެއް)؛
- އުމްރާއަށް ދާ ފަރާތްތަކުގެ ޓިކެޓާއި، ވިސާއާއި، މައްކާއާއި މަދީނާގައި ހުރުމާއި ކެއިންބުއިން (އެކޮމަޑޭށަން) ހަމަޖެހިފައިވާކަމުގެ ލިޔުން؛
- އެ ކުންފުންޏެއްގެ ފަރާތުން އުމްރާއަށް ދާ ފަރާތްތަކާ ހަވާލުވެ ތިބޭ އެންމެ އިސް ދެ ފޯކަލް ޕޮއިންޓުންގެ ތަފުސީލު (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، އުމްރާއަށް ގޮސް އެ ފަރާތަކާ މުއާމަލާތު ކުރެވޭނެ ވަސީލަތްތަކުގެ ތަފުސީލާއި، ޒިންމާއާ ހަވާލުވެފައިވާކަން އަންގައިދޭ ލިޔުން).
(ށ) އުމްރާ ދަތުރު ނިންމައިފައި ރާއްޖެ އަންނަތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި، މި އުސޫލުގެ ޖަދުވަލު 5 ގައިވާ "އުމްރާ ދަތުރު ރިޕޯޓު"، ކޮންމެ ކުންފުންޏަކުން ވެސް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
(ނ) ކޮންމެ އުމްރާ ދަތުރަކަށްފަހ،ު އެ ދަތުރެއްގެ ހަރަދުގެ ތަފުސީލު، މި އުސޫލުގެ ޖަދުވަލު 4 ގައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކަނޑައަޅައިފައިވާ ފޯމެޓުގައި ތައްޔާރުކޮށް، 15 (ފަނަރަ) ދުވަހުގެ ތެރޭގައި، އެ އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. އަދި އޭގެ ކޮޕ،ީ ދަތުރު ރިޕޯޓާއެކު، މިނިސްޓްރީއާ ހިއްސާކުރަންވާނެއެވެ.
20 ވަނަ މާއްދާ - އުމްރާ ދަތުރުގައި ދިމާވާ ކުއްލި ހާދިސާތަކުގެ ކަންކަން އެންގުން
އުމްރާއަށް މީހުން ގެންދިއުމަށް އުމްރާއަށް ދާ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން އުމްރާ ދަތުރު ނިންމައިފައި އެނބުރި ރާއްޖެ އައުމާ ހަމަޔަށް ދިމާވާ އެންމެހައި ކުއްލި ހާދިސާތަކާއި، އުމްރާއަށް ދާ މީހުންގެ ހައްގަކަށް އުނިކަމެއް ލިބޭ ފަދަ ގޮތަކަށް ދިމާވާ އެންމެހައި ކަންކަން މިނިސްޓްރީއަށާއި އުމްރާއަށް ދާ މީހުންނަށް، ވަގުތުން ވަގުތަށް ލިޔުމުން އަންގަމުން ގެންދަންވާނެއެވެ.
ފަސް ވަނަ ބާބު
ސުލޫކީ މިންގަނޑު
21 ވަނަ މާއްދާ - ސުލޫކީ މިންގަނޑު
މި އުސޫލުގެ ދަށުން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަދެވޭ ކުންފުނިތަކުން، ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ފުރިހަމައަށް ބޯލަނބަންވާނެއެވެ.
(ހ) އުމްރާއަށް މީހުން ގެންދިޔުމާ ގުޅުންހުރ،ި ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާއި، މި އުސޫލުގައިވާ އެންމެހައި ކަންކަމަށް ތަބާވާންވާނެއެވެ.
(ށ) މި އުސޫލުގެ ދަށުން އުމްރާއަށް މީހުން ގެންދިޔުމުގެ ކަންކަމުގައި މިނިސްޓްރީގެ ފަރާތުން ދޭ އިރުށާދުތަކާއި، އާންމު މަސްލަހަތަށް ޓަކައި ނިންމާ ނިންމުންތަކާއި އިދާރީ ފިޔަވަޅުތަކަށް ތަބާވުމާއި، ހަމަޖެހިފައި އޮންނަ އުސޫލުގެ ތެރެއިން އެ ކަންކަމަށް އަމަލުކުރުމަށް ކުރާ އިލްތިމާސްތަކަށް ތަބާވާންވާނެއެވެ.
(ނ) މި އުސޫލުގެ ދަށުން އުމްރާއަށް މީހުން ގެންދިއުމުގައި ދިމާވާ އެއްވެސް ކަމެއްގެ ސަބަބުން، ހަމަޖެހިފައިވާ އުސޫލުތަކުގެ ބޭރުން ސަރުކާރާއި މިނިސްޓްރީ ބަދުނާމުވާ ފަދަ ގޮތަކަށް އަމަލުކޮށްގެން ނުވާނެއެވެ.
22 ވަނަ މާއްދާ - ކޮށްގެން ނުވާނެ ކަންތައްތައް
މި އުސޫލުގެ ދަށުން ރާއްޖެއިން މީހުން އުމްރާއަށް ގެންދިޔުމުގެ ހުއްދަ ލިބިފައިވާ ކުންފުނިތަކުންނާއި ރާއްޖެއިން އުމްރާއަށް ދާ ފަރާތްތަކުން، އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކޮށްގެން ނުވާނެއެވެ
(ހ) މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށް ދިވެހިރާއްޖެއިން މީހުން އުމްރާއަށް ގެންދިޔުމުގެ ހުއްދަ މިނިސްޓްރީން ލިބިގެން މެނުވީ ނުވަތަ މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަ އައުކޮށްގެން މެނުވ،ީ އެއްވެސް ކުންފުންޏަކުން، އެއްވެސް ފަރާތެއް ނުވަތަ ބައެއްގެ އަތުން އުމްރާއަށް ގެންދިއުމަށް ފައިސާ ނަގައިގެން ނުވާނެއެވެ. އަދި އެއްވެސް ސިފައެއްގައި އުމްރާއަށް މީހުން ގެންދިއުމުގެ އެއްވެސް ހިދުމަތެއް ދީގެން ނުވާނެއެވެ.
(ށ) އުމްރާއަށް ގެންދިޔުމުގެ ހުއްދަ މިނިސްޓްރީން ދޫކޮށްފައިވާ ކުންފުންޏަކަށް މެނުވީ އެއްވެސް ފަރާތަކުން ފައިސާ ދައްކައިގެން ނުވާނެއެވެ. އަދި އެކަން ކަށަވަރުނުކޮށް ފައިސާ ދެއްކުމަށްފަހު އެއްވެސް މައްސަލައެއް ދިމާވެއްޖެ ނަމަ، އެކަމުގެ ޒިންމާ އެ ފަރާތަކުން އުފުލަންވާނެއެވެ.
(ނ) ސައޫދީ އަރަބިއްޔާގެ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާއި މިންގަނޑުތަކާ ހިލާފަށް، އުމްރާގެ ހިދުމަތުގެ ތެރޭގައި އެއްވެސް ކުންފުންޏަކުން އަމަލުކޮށްގެން ނުވާނެއެވެ.
(ރ) ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ހަވާލުގައި އުމްރާއަށް ދާ މީހުން ސައޫދީ އަރަބިއްޔާގެ ދާހިލީ އެއްވެސް ހަރަކާތެއްގައި ނުވަތަ ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިވުމާއި، އެފަދަ ކަމަކަށް ވާގިދޭ ފަދަ އަމަލެއް ހިންގައިގެން ނުވާނެއެވެ. އަދި އެފަދަ އެހެން އަމަލެއް ވެސް ހިންގައިގެން ނުވާނެއެވެ.
(ބ) އުމްރާއަށް ދާ މީހުންނާއި ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމުގައި، އުމްރާގެ އަގުގެ ގޮތުގައި ނެގުމަށް ކަނޑައަޅައިފައިވާ ފައިސާގެ އިތުރުން، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ހިދުމަތެއް ފޯރުކޮށްދިނުމަށް އުމްރާއަށް ދާ މީހުންގެ އަތުން އިތުރަށް އެއްވެސް ފައިސާއެއް ނަގައިގެން ނުވާނެއެވެ.
(ޅ) ކައިވެނި ހެޔޮވާ އަންހެނުންނާއި ފިރިހެނުން އެއް ކޮޓަރިއެއްގައި ބައިތިއްބައިގެން ނުވާނެއެވެ.
(ކ) އެއް ކޮޓަރިއެއްގައި މީހުން ބޭތިއްބުމަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ކަނޑައަޅައިފައިވާ މިންވަރަށްވުރެ އިތުރަށް މީހުން ބައިތިއްބައިގެން ނުވާނެއެވެ.
(އ) އުމްރާއަށް މީހުން ގެންދާ ކުންފުނިތަކުން ނުވަތަ ރާއްޖެއިން އުމްރާއަށް ދާ ފަރާތްތަކުން، ސައުދީ އަރަބިއްޔާގެ ގާނޫނުތަކާއި ގަވާއިދުތައް ހުއްދަނުކުރާ އެއްވެސް އެއްޗެއް ސައޫދީ އަރަބިއްޔާއަށް އެތެރެކޮށްގެން ނުވާނެއެވެ.
(ވ) އުމުރުން 45 (ސާޅީސްފަހެއް) އަހަރު ހަމަނުވާ އަންހެނުން މަހްރަމަކާ ނުލައި އަދި އުމުރުން 18 (އަށާރަ) އަހަރު ނުވާ ފިރިހެންކުދީން ބެލެނިވެރިޔަކާ ނުލައި އުމްރާއަށް ގެންގޮސްގެން ނުވާނެއެވެ.
(މ) ޖިސްމާނީގޮތުން ނުވަތަ ނަފްސާނީގޮތުން ނުވަތަ ސިއްހީގޮތުން އުމްރާގެ އަޅުކަން އަދާކުރުމަށް ކުޅަދާނަވެގެންނުވާކަމަށް ކުންފުންޏަށް ފެންނަ ފަރާތެއް ނަމަ، އެ ފަރާތަކަށް އުމްރާގެ އަޅުކަން އަދާކުރެވޭނެކަމަށް (އެހީތެރިޔަކާއެކު ނަމަވެސް) ދިވެހި ސަރުކާރު ގަބޫލުކުރާ ސިއްހީ ހިދުމަތްދޭ މަރުކަޒަކުން ދޫކޮށްފައިވާ ލިޔުމާއެކީ މެނުވީ އުމްރާއަށް ގެންގޮސްގެން ނުވާނެއެވެ.
(ފ) ދީނީ އިރުށާދާއި ދީނީ ނަސޭހަތް ދިނުމުގައި، ދިވެހިރާއްޖޭގައި ދީނީ ނަސޭހަތްދިނުމުގެ ހުއްދަ ލިބިފައިނުވާ ފަރާތެއް ލައްވައި ދީނީ ނަސޭހަތް ދިނުމާއި، ދީނީ ނަސޭހަތް ދިނުމުގައި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފަށް އަމަލުކޮށްގެން ނުވާނެއެވެ.
(ދ) ދޭން ކަނޑައަޅާ ހިދުމަތްތަކާ އެކަށީގެންނުވާ އަގުތައް އުމްރާއަށް ދާ މީހުންގެ އަތުން ނަގައިގެން ނުވާނެއެވެ.
(ތ) ށަރުއީ ހުކުމެއް ތަންފީޒުކުރަމުން އަންނަ ނުވަތަ ދިވެހި ދައުލަތުގެ އެއްވެސް އިދާރާއަކުން އެ ފަރާތެއް ހޯދުމަށް ނުވަތަ ވަކި އިދާރާއަކަށް ވަކި ދުވަހަކަށް ހާޒިރުވުމަށް އަމުރުކޮށްފައިވާ ނުވަތަ އިއުލާނުކޮށްފައިވާ ފަރާތެއް ނަމަ، އެ މުއްދަތުގައި އެ އިދާރާއެއްގެ ހުއްދަ ލިޔުމަކުން ނެތި އުމްރާގެ އަޅުކަމަށް ގެންގޮސްގެން ނުވާނެއެވެ.
(ލ) އެއްވެސް ސަބަބަކާހުރެ އުމްރާއަށް ނުގެންދެވޭނެކަމަށް މި އުސޫލުގައި ބަޔާންކޮށްފައިވާ ފަރާތެއްގެ އަތުން ފައިސާ ނަގައިގެން ނުވާނެއެވެ. އަދި އެފަދަ ފަރާތެއްގެ އަތުން ފައިސާ ނެގުމަކީ މަނާކަމެކެވެ.
(ގ) ކޮށްގެންނުވާނެކަމަށް މި އުސޫލުގައި ބަޔާންކޮށްފައިވާ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކޮށްފި ނަމަ، އެ ކަމެއްގެ ޒިންމާ އުފުލަންޖެހޭނީ، އެ ކަމެއް ކުރި ކުންފުންޏަކުން ނުވަތަ އެ ފަރާތަކުންނެވެ.
(ޏ) އުމްރާގެ ހިދުމަތް ދިނުމަށް ޓަކައި އެ އިރަކު ވިޔަފާރިއާއި އިގްތިސާދުގެ ކަންކަން ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގައި ރަޖިސްޓަރީކޮށްފައިވާ ކުންފުނި ނުވަތަ ވިޔަފާރީގެ ނަން ފިޔަވައި އިތުރު އެހެން ނަމެއްގައި އިސްތިހާރުކުރުމަކީ މަނާކަމެކެވެ.
ހަ ވަނަ ބާބު
މައްސަލަ ބެލުމާއި ފިޔަވަޅު އެޅުން
23 ވަނަ މާއްދާ - އުސޫލާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން
މި އުސޫލާ ހިލާފަށް އަމަލުކުރާ ފަރާތްތަކާމެދު، މި އުސޫލުގެ ދަށުން އަންނަނިވި ފިޔަވަޅުތައް އެޅުމުގެ އިހްތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ހ) ޖޫރިމަނާކުރުން.
- މިނިސްޓްރީއާއި އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ދީފައިވާ ކުންފުންޏާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ،އެ ކަމެއްގެ ކުޑަބޮޑުމިނަށް ބަލައި، ތިރީގައިވާ އަދަދުތަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު މިނިސްޓްރިއަށް ލިބިގެންވެއެވެ.
1.1. 1,000 (އެއްހާސް) ރުފިޔާއާއި 5,000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން.
1.2. 5,000 (ފަސްހާސް) ރުފިޔާއާއި 30,000 (ތިރީސް ހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން، 30,000 (ތިރީސް ހާސް) ރުފިޔާއާއި 1,00,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުނ. - އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަނެތި، މި އުސޫލާ ހިލާފަށް އެއްވެސް ފަރާތަކުން، ތިރީގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ކޮށްފި ނަމަ، އެ މައްސަލައެއްގެ ކުޑަބޮޑުމިނަށް ބަލައި، 100,000 (އެއްލައްކަ) ރުފިޔާއާއި 500,000 (ފަސްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި މި ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަމާ ހިލާފަށް އަމަލުކުރާ ފަރާތްތަކުގެ ނަން އާންމުކޮށް އިއުލާނުކުރެވޭނެއެވެ.
2.1. އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަނެތި އުމްރާއަށް މީހުން ގެންދިޔުން.
2.2. އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަނެތި، އެ ފަރާތަކީ އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ އޮތް ފަރާތެއްކަމަށް ދެއްކުން ނުވަތަ އެފަދަ ހުއްދައެއް އޮތް ފަރާތެއްގެ ގޮތުގައި މަސައްކަތްކުރުން.
2.3. އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަނެތި އުމްރާއަށް މީހުން ގެންދިއުމަށް ޓަކައި އެއްވެސް ސިފައެއްގައި އެއްވެސް ފަރާތަކުން ފައިސާ ނެގުން ނުވަތަ ފައިސާ ނަގަން އުޅުން.
(ށ) ވަގުތީގޮތުން ހުއްދަ ހިފެހެއްޓުން: ހުއްދަ އޮތް ކުންފުންޏަކުން އެ ހުއްދައިގެ މުއްދަތުގެ ތެރޭގައި އެއްވެސް ހާލަތެއްގައި މަކަރާއި ހީލަތް ހެދުމުގެ އެއްވެސް އަމަލަކާ ގުޅޭ މައްސަލައެއް ހުށަހަޅައިގެން އެ މައްސަލަ ބަލަމުންދާ ނަމަ، އެ ފަރާތެއްގެ ހުއްދަ ވަގުތީގޮތުން ސަސްޕެންޑް ކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ނ) އެ ފަރާތަކަށް ދީފައިވާ ހުއްދަ ބާތިލުކުރުން: އުމްރާއަށް މީހުން ގެންދިޔުމަށް ކުންފުންޏަކަށް ހުއްދަ ލިބޭ ފަހުން، ކުންފުނީގެ ޑިރެކްޓަރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެއްޖެ ނަމަ، އެ ކުށެއްގެ ބާވަތަށާއި ކުށުގެ ކުޑަބޮޑުމިނަށް ބަލައި، މިނިސްޓްރީން ކަނޑައަޅާ ށަރުތުތައް ކުންފުނިން ފުރިހަމަނުކުރާ ނަމަ، އެ ކުންފުންޏަކަށް ދީފައިވާ އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ބާތިލު ކުރެވޭނެއެވެ.
(ރ) ވަކި މުއްދަތަކަށް ހުއްދަ ނުދިނުން: މި އުސޫލުގެ އެއްވެސް މާއްދާއަކާ ހިލާފުވެއްޖެ ނަމަ، އެ ކުންފުންޏަކަށާއި، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ އެއްވެސް ފަރާތެއް ހިމެނޭ ކުންފުންޏަކަށް، ކުރިޔަށް އޮންނަ 3 (ތިނެއް) އަހަރުދުވަހ،ު އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދައެއް ނުދެވޭނެއެވެ.
(ބ) ހުއްދަނުދިނުން: އުމްރާއަށް ގެންދާ ފަރާތްތަކަށް ދޭންޖެހޭ ހިދުމަތްތަކުގެ ތެރެއިން ދޭން އެއްބަސްވެފައިވާ އެއްވެސް ހިދުމަތެއް ފުރިހަމަކޮށްދީފައި ނުވާ ނަމަ ނުވަތަ ހިދުމަތް ފޯރުކޮށްދިނުމުގައި މަކަރާއި ހީލަތުން އެއްވެސް އަމަލެއް ހިންގައިފި ނަމަ، އެ ކުންފުންޏާއި، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ އެއްވެސް މެންބަރަކު ހިމެނޭ އެހެން ކުންފުންޏަކަށް، އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދައެއް ނުދެވޭނެއެވެ.
(ޅ) މައްސަލައިގެ ބާވަތަށާއި ކުޑަބޮޑުމިނަށް ބަލައި، އެ މައްސަލައަކީ ޖިނާއީ މައްސަލައެއް ނަމަ، މައްސަލަ ތަހުގީގުކޮށް ށަރީއަތަށް ފޮނުވުމަށް ޓަކައި ދިވެހި ފުލުހުންގެ ހިދުމަތަށް ފޮނުވޭނެއެވެ. އަދި އެ މައްސަލައަކީ މަދަނީ މައްސަލައެއް ނަމަ، އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވޭނެއެވެ.
(ކ) އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ކުންފުންޏަކަށް ލިބޭ ފަހުން، އުމްރާގެ ހިދުމަތަކާ ގުޅިގެން ރާއްޖޭގެ އެއްވެސް ފަރާތަކަށް ނުވަތަ ބޭރުގެ އެއްވެސް ފަރާތަކަށް ދައްކަންޖެހިފައިވާ ފައިސާއެއް ނުދައްކާ ނަމަ ނުވަތަ ފައިސާ
ދައްކަމުން ނުދާކަން ލިޔެކިޔުމުން ހުށަހެޅިއްޖެ ނަމަ، އެ ކަމެއްގެ ކުޑަބޮޑުމިނަށް ބެލުމަށްފަހ،ު މި މާއްދާގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އެޅުމުގެ އިހްތިޔާރު ނުވަތަ އިތުރަށް ހުއްދަ ނުދިނުމުގެ އިހްތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.
(އ) މި މާއްދާގެ (ށ) އާއި (ނ) އާއި (ރ) އާއި (ބ) އާއި (ޅ) އާ ހިލާފަށް އަމަލުކުރާ ކުންފުނިތަކުގެ ނަން އާންމުކޮށް އިއުލާނުކުރެވޭނެއެވެ.
(ވ) މިނިސްޓްރީއާއި އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ދީފައިވާ ކުންފުންޏާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ، މި މާއްދާގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އެޅުމުގެ އިހްތިޔާރު ނުވަތަ އިތުރަށް ހުއްދަ ނުދިނުމުގެ އިހްތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.
24 ވަނަ މާއްދާ - މި އުސޫލުގައި މޯލްޑިވްސް ހައްޖު ކޯޕަރޭށަން ލިމިޓެޑް އިސްތިސްނާކުރެވޭ ކަންކަން
މި އުސޫލުގެ 18 ވަނަ މާއްދާއާއި، 19 ވަނަ މާއްދާގެ (ށ) އާއި (ނ) އާއި، 22 ވަނަ މާއްދާގެ (ނ) އާއި (ރ) އާއި (ބ) އާއި (ޅ) އާއި (ކ) އާއި (އ) އާއި (ވ) އާއި (މ) އާއި (ފ) އާއި (ދ) އާއި (ތ) އާއި (ލ) އާއި، 20 ވަނަ މާއްދާއާއި، 21 ވަނަ މާއްދާ ފިޔަވައި އެ ނޫން މާއްދާތަކުން، މޯލްޑިވްސް ހައްޖު ކޯޕަރޭށަން ލިމިޓެޑް އިސްތިސްނާވެގެންވެއެވެ.
25 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން
(ހ) މި އުސޫލުގެ ދަށުން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ދީފައިވާ ކުންފުންޏަކުން މި އުސޫލާ ހިލާފުވ،ެ އުމްރާއަށް ގެންދާ މީހުންނާމެދު ވެވޭ އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ، އެ ފަދަ ފަރާތަކާ ގުޅޭ ށަކުވާ ހުށަހަޅަންވާނީ، މި އުސޫލުގެ ޖަދުވަލު 7 ގައިވާ ފޯމުންނެވެ.
(ށ) މި އުސޫލާ ނުވަތަ މި އުސޫލުގެ ދަށުން ވެވޭ އެއްބަސްވުމަކާ ކުންފުންޏަކުން ހިލާފުވެފައިވާކަމަށް މިނިސްޓްރީއަށް ފާހަގަކުރެވިއްޖެ ނަމަ ނުވަތަ ހުށަހެޅޭ އެފަދަ ށަކުވާއަކާ ގުޅިގެން އެ މައްސަލައެއް ބަލައި، މި އުސޫލުގެ ދަށުން ނުވަތަ މިނިސްޓްރީއާއި އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ދީފައިވާ ކުންފުންޏާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅުމުގެ އިހްތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.
ހަތް ވަނަ ބާބު
އެހެނިހެން
26 ވަނަ މާއްދާ - އުސޫލަށް ބަދަލުގެނައުން
މި އުސޫލުގައި ހިމެނިފައިނުވާ ކަމެއް މެދުވެރިވެއްޖެ ނަމަ ނުވަތަ ހާއްސަ ހާލަތަކާ ގުޅިގެން ވަކިގޮތަކަށް އަމަލުކުރަން ޖެހިއްޖެ ނަމަ، އެ ކަމެއް ނިންމާނީ މިނިސްޓްރީންނެވެ.
27 ވަނަ މާއްދާ - މި އުސޫލުގައި ނުހިމެނޭ ކަމެއް މެދުވެރިވުން
މި އުސޫލުގައި ހިމެނިފައިނުވާ ކަމެއް މެދުވެރިވެއްޖެ ނަމަ ނުވަތަ ހާއްސަ ހާލަތަކާ ގުޅިގެން ވަކިގޮތަކަށް އަމަލުކުރަން ޖެހިއްޖެ ނަމަ، އެ ކަމެއް ނިންމާނީ މިނިސްޓްރީންނެވެ.
28 ވަނަ މާއްދާ - ޖަދުވަލަކީ އުސޫލުގެ ބައެއްކަމުގައި ކަނޑައެޅުން
(ހ) މި އުސޫލުގެ ޖަދުވަލުތަކަކީ މި އުސޫލުގެ ބައެކެވެ. މި އުސޫލު ފުރިހަމަވާނީ، މި ޖަދުވަލުތައް ހިމަނައިގެންނެވެ.
(ށ) މި އުސޫލުގެ ޖަދުވަލުތަކަށް އެއްވެސް އުނިއިތުރެއް ގެންނަ ނަމަ، ދިވެހި ސަރުކާރުގެ ގެޒެޓުގައްޔާއި މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރަންވާނެއެވެ. އަދި އެފަދައިން އަންނަ ބަދަލެއް ބެލެވޭނީ، މި އުސޫލުގެ ބައެއްގެ ގޮތުގައެވެ.
29 ވަނަ މާއްދާ - މާނަކުރުން
މި އުސޫލުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާ ނަމަ ނުވަތަ އެ ލަފުޒެއް ނުވަތަ އިބާރާތެއް އޮތްގޮތުން ސީދާ އެހެން ގޮތަކަށް މާނަނުކުރެވޭހައި ހިނދަކު، ތިރީގައިވާ އަކުރުތަކުގައި ބަޔާންކޮށްފައިވާ ލަފުޒުތަކާއި އިބާރާތްތައް މާނަކުރެވޭނީ އަންނަނިވި ގޮތަށެވެ.
(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ އިސްލާމީ އެންމެހައިކަންކަން ހިންގައި ބެލެހެއްޓުމުގެ ޒިންމާ އެ އިރެއްގައި މަތިކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
(ށ) "ކުންފުނި" ކަމަށް ބުނެފައި އެވަނީ، އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަޔަށް އެދޭ ކުންފުނި ނުވަތަ އެކަމަށް ހުއްދަ ދެވިފައިވާ ކުންފުންޏަށެވެ.
(ނ) "ޑިރެކްޓަރ/ޑިރެކްޓަރުން" ކަމަށް ބުނެފައި އެވަނީ، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު / މެންބަރުންނަށެވެ.
(ރ) "އުމްރާވެރިނ/ްއުމްރާއަށްދާ ފަރާތ/ްއުމްރާއަށް ދާން އެދޭ މީހާ" ކަމަށް ބުނެފައި އެވަނީ، މި އުސޫލުގެ ދަށުން އުމްރާއަށް މީހުން ގެންދިޔުމަށް ހުއްދަ ލިބިފައިވާ ފަރާތަކުން އުމްރާގެ ހިދުމަތަށް އެދޭ ނުވަތަ އެ ހިދުމަތް ހޯދާ ކޮންމެ ފަރާތަކަށެވެ.
(ބ) "ތުހުމަތު" ކަމަށް ބުނެފައި އެވަނީ، ތަހުގީގީ އިދާރާއަކުން ހިޔާނާތ/ްފައިސާގެ އެއްވެސް މައްސަލައެއް ބަލަމުންދިޔުން ނުވަތަ ށަރުއީ ކޯޓެއްގައި މައްސަލައެއް ހިނގަމުންދިޔުމަށެވެ.
(ޅ) "އުމްރާ ޕެކޭޖް" ކަމަށް ބުނެފައި އެވަނީ، ކުންފުނިތަކުން އުމްރާއަށް ދާ މީހުންނަށް ދިނުމަށް އެއްބަސްވެފައިވާ ހިދުމަތްތަކަށެވެ.
(ކ) "ކުއްލި ހާދިސާ" ކަމަށް ބުނެފައި އެވަނީ، އާންމު ހާލަތުގެ ބޭރުން ހިނގާ އެންމެހައި ކަންކަމަށެވެ.
(އ) "ދުވަސް" ކަމަށް ބުނެފައި އެވަނީ، ސަރުކާރު ބަންދުނޫން ދުވަސްތަކަށެވެ.
(ވ) "އުމްރާގެ ހިދުމަތް ދިނުން ނުވަތަ އުމްރާއަށް މީހުން ގެންދިއުން" ކަމަށް ބުނެފައި އެވަނީ، މި އުސޫލުގެ ދަށުން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ލިބިފައިވާ ކުންފުންޏަކުން، އެ ކުންފުނިން ކުރާ ދަތުރުގައި އުމްރާއެއް ކުރުން ހިމެނުމަށެވެ.
30 ވަނަ މާއްދާ - އުސޫލަށް އަމަލުކުރަން ފެށުން
(ހ) މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
(ށ) މި އުސޫލަށް އަމަލުކުރަން ފަށާއިރު، އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލު (އުސޫލު ނަންބަރު 2022-04) (ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލު) ގެ ދަށުން ހުއްދަ ދޫކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން ހުއްދައިގެ މުއްދަތު ހަމަނުވާ ފަރާތްތަކުން ދެން އެދެންޖެހޭނީ، މި އުސޫލުގެ ދަށުން ހުއްދަ އައުކޮށްދިނުމަށެވެ. އަދި މި އުސޫލުގައި ކަނޑައަޅައިފައިވާ އެންމެހައި ކަމަކަށް އެ ކުންފުނިތަކުން ފުރިހަމައަށް ތަބާވުމާއެކު އަމަލުކުރަންވާނެއެވެ.
31 ވަނަ މާއްދާ - އުވައިލެވޭ އުސޫލު
މި އުސޫލަށް އަމަލުކުރަން ފެށުމާއެކު، 2022 ފެބުރުވަރީ 9 ގައި އަމަލުކުރަން ފަށައިފައިވާ އުސޫލު ނަންބަރު 2022-04 (ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލު) އުވުނީއެވެ.
(މި އުސޫލުގެ އަންނަނިވި ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައިވާނެ)
ޖަދުވަލު 1
ޕްރޮޕޯޒަލް ލިބުނުކަމުގެ ލިޔުން
ޖަދުވަލު 2
ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދާ ކުންފުނިތަކުގެ ދަފުތަރުގައި ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ފޯމު
ޖަދުވަލު 3
...... ވަނަ އަހަރު އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާ ދެމެދު ވެވޭ އެއްބަސްވުމުގެ ނަމޫނާ
ޖަދުވަލު 4
ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދާ ކުންފުނިތަކުން ދިވެހިރާއްޖެއިން ބޭރުގެ ފަރާތްތަކަށް ކުރާ ހަރަދުތަކުގެ ތަފުސީލު
ޖަދުވަލު 5
އުމްރާ ދަތުރު ރިޕޯޓު (އަހަރު .......)
ޖަދުވަލު 6
ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ އައުކުރުމަށް އެދި ހުށަހަޅާ ފޯމު
ޖަދުވަލު 7
ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމާބެހޭ އުސޫލުގެ ދަށުން ށަކުވާ ހުށަހަޅާ ފޯމު
އުވުނު އުސޫލު
އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލު (އުސޫލު ނަންބަރު 2022-04)
މައި ގާނޫނު/ގަވާއިދު
(ނެތް)
ކިޔުންތެރިންގެ ހިޔާލު