ޓްރާންސްށިޕްކުރުމުގެ ހިދުމަތްދިނުމުގެ އުސޫލު
(އުސޫލު ނަންބަރު 2024-29)
(މި އުސޫލަށް އަމަލުކުރަން ފެށީ 24 ސެޕްޓެމްބަރު 2024 ގައި)
1 ވަނަ މާއްދާ - ތައާރަފާއި ނަން
(ހ) މިއީ ކަނޑުމަގުންނާއި ވައިގެ މަގުން ޓްރާންސްށިޕްކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެކެވެ.
(ށ) މި އުސޫލަށް ކިޔާނީ، "ޓްރާންސްށިޕްކުރުމުގެ ހިދުމަތްދިނުމުގެ އުސޫލު" އެވެ.
(ނ) މި އުސޫލަކީ، ގަވާއިދު ނަންބަރު 2011-41 (ކަސްޓަމްސްގެ އާންމު ގަވާއިދު) ގެ 11 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަން ބަރާއި، އެ ގަވާއިދުގެ 13 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ގާނޫނު ނަންބަރު 2011-08 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ނ) ގެ ދަށުން ބާރު ލިބިގެން ހަދައިފައިވާ އުސޫލެކެވެ.
2 ވަނަ މާއްދާ - މަގުސަދު
މި އުސޫލުގެ މަގުސަދަކީ، ކަނޑުމަގުންނާއި ވައިގެ މަގުން ޓްރާންސްށިޕްކުރުމުގެ ހިދުމަތްދިނުމުގައި އަމަލުކުރަންވީ ގޮތުގެ އިޖުރާތުތައް ބަޔާންކޮށް، ޓްރާންސްށިޕްކުރެވޭ މުދާ ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމެވެ.
3 ވަނަ މާއްދާ - ޓްރާންސްށިޕްމަންޓް މުދާ
ޓްރާންސްށިޕްމަންޓް މުދަލަކީ، މުދަލެއް އެހެން ގައުމަކަށް ގެންދިއުމުގެ މަގުމަތީގައި ރާއްޖެއަށް ގެނެސް، އެ ގައުމަށް ފޮނުވުމަށް ޓަކައި ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުގައި ޓްރާންސްށިޕްމަންޓުގެ ގޮތުގައި ބަހައްޓާ މުދަލެވެ.
4 ވަނަ މާއްދާ - ޓްރާންސްށިޕްކުރެވޭ މުދަލުގައި ހުންނަން ވާ ށަރުތުތައް
ރާއްޖެއަށް ޓްރާންސްށިޕްމަންޓުގެ ގޮތުގައި ގެންނަ ނުވަތަ ޓްރާންސްށިޕްކުރެވޭ މުދަލުގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.
(ހ) ކާގޯ މެނިފެސްޓުގައި އެ މުދަލަކީ ޓްރާންސްށިޕްމަންޓް މުދާކަމުގައި ބަޔާންކޮށްފައިވުން.
(ށ) ދިވެހިރާއްޖޭގައި އުފައްދައިފައިވާ މުދާ ފިޔަވައި، ޓްރާންސްށިޕްމަންޓުގެ ގޮތުގައި ރާއްޖެއަށް ގެނެސްފައިވާ މުދަލެއް އެހެން ގައުމަކަށް ފޮނުވާއިރު، އެ މުދަލާބެހޭ އެއްވެސް ލިޔުމެއްގައި އެ މުދަލަކީ ދިވެހިރާއްޖޭގައި އުފައްދައިފައިވާ މުދަލެއްކަމަށް ބަޔާންކޮންފައި ނެތުން.
(ނ) މުދާ ފޮނުވި ފަރާތާއި މުދާ ލިބެންވީ ފަރާތުގެ މައުލޫމާތު ބަދަލުކޮށްފައި ނުވުން.
(ރ) ޓްރާންސްށިޕްމަންޓް މުދަލަކީ ވައިގެމަގުން ގެންދާ މުދަލެއް ނަމަ، އެ މުދަލަކީ ނޭށަނަލް ސިވިލް އޭވިއޭށަން ޕްރޮގްރާމުގެ ސެކްށަން 12 ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ފެތޭ ވައިގެމަގުން ގެންދެވޭ މުދަލަކަށް ވުން.
(ބ) ޓްރާންސްށިޕްމަންޓް މުދަލަކީ ދިވެހިރާއްޖެން ބައިވެރިވެފައިވާ މުއާހަދާއެއް ނުވަތަ އެއްބަސްވުމެއްގެ ދަށުން ނުވަތަ ރާއްޖޭގައި އަމަލުކުރެވޭ ގާނޫނަކުން ނުވަތަ އެނޫންވެސް ގޮތަކުން ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ޓަކައި މަނާކުރެވިފައިވާ މުދަލަކަށް ނުވަތަ ހަތިޔާރަކަށް ނުވަތަ ނުރައްކާތެރި ކެމިކަލަކަށް ނުވުން.
(ޅ) ޓްރާންސްށިޕްމަންޓް މުދަލާ ގުޅޭގޮތުން ވަކި ހާއްސަ ހުއްދައެއް ސަރުކާރުގެ އިދާރާއަކުން ހޯދަންޖެހޭ ނަމަ އެ ހުއްދައެއް ހޯދައިފައިވުން.
5 ވަނަ މާއްދާ - ޓްރާންސްށިޕްމަންޓް ޑިކްލަރޭށަން ހުށަހެޅުން
(ހ) ޓްރާންސްށިޕްކުރުމަށް ބޭނުންވާ މުދަލުގެ ޓްރާންސްށިޕްމަންޓް ޑިކްލަރޭށަން، ކަސްޓަމްސްއިން ކަނޑައަޅާ ފޯމު ނުވަތަ ކަސްޓަމްސްއިން ކަނޑައަޅާ ފޯމެޓާ އެއްގޮތަށް ފުރިހަމަކޮށްފައިވާ އޮންލައިން ޑިކްލަރޭށަން ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.
(ށ) ޓްރާންސްށިޕްމަންޓް މުދަލަކީ ކަނޑުމަގުން ގެނައި މުދަލެއް ނަމަ، އެ މުދާ ހުރި އުޅަނދަށް ކްލިއަރެންސް ދިނުމަށްފަހ،ު މުދާ ރާއްޖެ ގެންނަ އުޅަނދުން ބޭލުމުގެ ކުރިން، އެ އުޅަނދެއްގައި ހުރި ޓްރާންށިޕްމަންޓް މުދަލުގެ ޑިކްލަރޭށަން، އުޅަނދުގެ އޭޖެންޓ،ް ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.
(ނ) ޓްރާންސްށިޕްމަންޓް މުދަލަކީ ވައިގެމަގުން ގެނައި މުދަލެއް ނަމަ، އެ އުޅަނދުގެ ކާގޯ މެނިފެސްޓާއެކު، ޓްރާންސްށިޕްމަންޓް ޑިކްލަރޭށަން، އުޅަނދުގެ އެޖެންޓް ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.
(ރ) ޓްރާންސްށިޕްމަންޓް ޑިކްލަރޭށަނާއެކު، ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.
- ޓްރާންސްށިޕްމަންޓް ބިލް އޮފް ލޭޑިންގ ނުވަތަ އެއަރވޭ ބިލް؛ ޓްރާންސްށިޕް މުދާ ރާއްޖެއިންބޭރަށް ގެންދާ އުޅަނދުން އެ މުދާ ގެންދިއުމުގެ އިންތިޒާމު ހަމަޖައްސައިދޭނެކަން ބަޔާންކޮށްފައިވާ ށިޕިންގ އޭޖެންޓް ނުވަތަ އެއަރލައިން އޮޕަރޭޓަރ ނުވަތަ އެއަރލައިން އޭޖެންޓުގެ ލިޔުން؛
- މުދަލުގެ ވެރިފަރާތުން އެ މުދާ ޓްރާންސްށިޕްކުރުމަށް އައްޔަނުކޮށްފައިވާ އޭޖެންޓް އެނގޭނެ ލިޔުން.
6 ވަނަ މާއްދާ - މުދާ ޓްރާންސްށިޕްކުރުމަށް ހުއްދަދިނުން
މި އުސޫލުގެ ދަށުން މުދާ ޓްރާންސްށިޕްކުރުމަށް ހުއްދަ ދެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަވާނަމައެވެ.
(ހ) ޓްރާންސްށިޕްކުރެވޭ މުދަލަކީ މި އުސޫލުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ މުދަލަކަށް ވުން.
(ށ) ޓްރާންސްށިޕްމަންޓް ޑިކްލަރޭށަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅައިފައިވުމާއި، ލިޔެކިޔުންތަކުގައި މައުލޫމާތު ފުރިހަމަވެފައި ހުރުން.
(ނ) ޓްރާންސްށިޕްމަންޓް މުދާ ފޮނުވައިލެވެނީ މުދާ އައި ބަނދަރު ފިޔަވައި ކަސްޓަމްސްގެ ކޮންޓްރޯލް އޮންނަ އެހެން ބަނދަރަކުން ނަމަ، ޓްރާންސްށިޕްމަންޓް މުދާ އެއްބަނދަރުން އަނެއް ބަނދަރަށް ގެންދިއުމަށް ހަރަކާތްތެރިވާ ފަރާތަކީ މުދަލުގެ ވެރިފަރާތަށް ވުން ނުވަތަ ޕޯޓް އޮޕަރޭޓަރަށް ވުން ނުވަތަ ކަސްޓަމްސްގައި ރަޖިސްޓަރީކޮށްފައިވާ އޭޖެންޓަކަށް ވުން.
(ރ) ޓްރާންސްށިޕްކުރެވޭ މުދާ ރަނގަޅަށް ބަންދުކޮށް، "ފައިނަލް ޑެސްޓިނޭށަން" އެނގޭނެގޮތަށް ލޭބަލްކޮށްފައި ހުރުން.
(ބ) ޓްރާންސްށިޕްކުރުމުގެ ކުރިން ޓްރާންސްށިޕްމަންޓް ސިލް ނުވަތަ ޓްރާންސްށިޕްމަންޓް ސްޓިކަރއަށް ފީ ދައްކަންޖެހޭ ނަމަ، އެ ފީއެއް ދައްކައިފައިވުން.
(ޅ) މި އުސޫލުގެ 12 ވަނަ މާއްދާގެ (ބ) ގެ ދަށުން ޓްރެކިންގ ޑިވައިސް ހަރުކޮށްފައިވުން.
7 ވަނަ މާއްދާ - ޓްރާންސްށިޕްމަންޓް މުދ،ާ އެއް ބަނދަރުން އަނެއް ބަނދަރަށް ގެންދިޔުން
(ހ) ކަސްޓަމްސްގެ ކޮންޓްރޯލް އޮންނަ އެއް ބަނދަރުން އަނެއް ބަނދަރަށް ޓްރާންސްށިޕްމަންޓް މުދާ އުފުލުމަށް ނުވަތަ ގެންދިޔުމަށް ހުއްދަ ދެވޭނީ، އެ މުދަލަކީ ޓްރާންސްށިޕްމަންޓް ޑިކްލަރޭށަނުގައި ބަޔާންކޮށްފައިވާ މުދާކަން ޔަގީންކޮށް ކަސްޓަމްސްއިން ސިލްޖެހުމަށްފަހުގައެވެ. އެ މުދަލަކީ ސިލް ނުޖެހޭ ފަދަ މުދަލެއް ނަމަ، އެ މުދަލަކީ ޓްރާންސްށިޕްމަންޓް މުދަލެއްކަން އެނގޭނެގޮތަށް މި އުސޫލުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ "ޓްރާންސްށިޕްމަންޓް ސްޓިކަރ" ޖަހަންވާނެއެވެ.
(ށ) ކޮންޓެއިނަރުގައި ބަންދުނުކޮށް، ވަކިވަކިން ހުންނަ ވެހިކަލާއި މެށިނަރީ ފަދަ ތަކެތި ޓްރާންސްށިޕްމަންޓް މުދަލުގެގޮތުގައި ކަސްޓަމްސްގެ ކޮންޓްރޯލް އޮންނަ އެއް ބަނދަރުން އަނެއް ބަނދަރަށް ގެންދިޔުމުގެ ހުއްދަ ދެވޭނީ، އެފަދަ ތަކެތީގެ ސީރިއަލް ނަންބަރާއި ބްރޭންޑާއި މޮޑެލް އެނގޭގޮތަށް ކަސްޓަމްސްއަށް ހުށަހަޅައިފައިވާނަމައެވެ.
(ނ) ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުގައި އޮންނަ ބަނދަރާ ގުޅިފައިވާ ލޯކަލް ބަނދަރަކަށް ޓްރާންސްށިޕްމަންޓް މުދާ ހިފައިގެންދާ އުޅަނދަކަށް ވަދެވޭނީ، ހާއްސަ ހާލަތެއް މެދުވެރިވެގެން ކޮންމެހެން ވަންނަން ޖެހިއްޖެނަމައެވެ. އަދި އެކަން ކުރަންވާނީ، ކަސްޓަމްސްގެ ހުއްދަ ހޯދުމަށްފަހުގައެވެ.
8 ވަނަ މާއްދާ - ޓްރާންސްށިޕްމަންޓް މުދ،ާ އެއް ބަނދަރުން އަނެއް ބަނދަރަށް ގެންދިޔުމުގެ ހުއްދަ ދެވޭނެ ފަރާތްތައް
(ހ) ކަސްޓަމްސްގެ ކޮންޓްރޯލް އޮންނަ އެއް ބަނދަރުން އަނެއް ބަނދަރަށް ޓްރާންސްށިޕްމަންޓް މުދާ ގެންދިޔުމުގެ ހުއްދަ ދެވޭނީ، އެ މުދަލުގެ ލިޔެކިޔުންތައް ފުރިހަމަކޮށް ކަސްޓަމްސްއަށް ހުށަހެޅުމުން، ކަސްޓަމްސްއިން ބަލަންޖެހޭ ބެލުންތައް ބަލައި، ދާގީނާގައި ނުވަތަ މުދަލުގައި ކަސްޓަމްސްއިން ސިލް ނުވަތަ ޓްރާންސްށިޕްމަންޓް ސްޓިކަރ ޖެހުމަށްފަހ،ު ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ފަރާތަކަށެވެ.
- މުދަލުގެ ވެރިފަރާތް ނުވަތަ އެ މުދަލެއް ރާއްޖެއަށް ގެނައި އުޅަނދުގެ އޭޖެންޓް ނުވަތަ މުދާ ގެންދިޔުމަށް ހަވާލުވާ ކަސްޓަމްސްގެ ބްރޯކަރަށް؛
- އެ މުދަލެއް ރާއްޖެއަށް ގެނައި އުޅަނދުގެ އޭޖެންޓް ހުއްދަދ،ޭ ކަސްޓަމްސްގައި ރަޖިސްޓަރީކޮށްފައިވާ އެހެން އޭޖެންޓަކަށް؛
- ޕޯޓް އޮޕަރޭޓަރަށް.
(ށ) ކަސްޓަމްސްގެ ކޮންޓްރޯލް އޮންނަ އެއް ބަނދަރުން އަނެއް ބަނދަރަށް ޓްރާންސްށިޕްމަންޓް މުދާ ގެންދިޔުމަށް އެ މުދާ ރާއްޖެ ގެނައި އޭޖެންޓް ނޫން އެހެން އޭޖެންޓަކަށް ހުއްދަދޭ ނަމަ، ކަސްޓަމްސްއިން ކަނޑައަޅާ ފޯމު ނުވަތަ ކަސްޓަމްސްއިން ކަނޑައަޅާ ފޯމެޓާ އެއްގޮތަށް ފުރިހަމަކޮށްފައިވާ އޮންލައިން އެޕްލިކޭށަން މެދުވެރިކޮށް ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.
9 ވަނަ މާއްދާ - ޓްރާންސްށިޕްމަންޓް މުދާ އުފުލާ ފަރާތުގެ ޒިންމާ
ކަސްޓަމްސްގެ ކޮންޓްރޯލް އޮންނަ އެއް ބަނދަރުން އަނެއް ބަނދަރަށް ޓްރާންސްށިޕްމަންޓް މުދާ އުފުލުމަށް ހަވާލުވާ ފަރާތުގެ ޒިންމާތައް ތިރީގައި މިވަނީއެވެ.
(ހ) ޓްރާންސްށިޕްމަންޓް މުދ،ާ ކަސްޓަމްސްއިން ސިލްކުރުމުގެ ކުރިން ނުވަތަ ކަސްޓަމްސްގެ ހުއްދަ ލިބިގެން މެނުވީ އުޅަނދަށް ނޭރުވުމާއި، ޓްރާންސްށިޕްމަންޓްކުރެވޭ ބަނދަރަށް ކަސްޓަމްސްގެ ހުއްދަ ލިބިގެން މެނުވީ އެ މުދާ ނުބޭލުން.
(ށ) ޓްރާންސްށިޕްމަންޓް މުދަލުގައި ކަސްޓަމްސްއިން ސިލްކޮށްފައިވާކަން ނުވަތަ "ޓްރާންސްށިޕްމަންޓް ސްޓިކަރ" ޖަހައިފައިވާކަން ކަށަވަރުކުރުން.
(ނ) ޓްރާންސްށިޕްމަންޓް މުދަލުގައި ކަސްޓަމްސްއިން ޖަހައިފައިވާ ސިލް ނުވަތަ "ޓްރާންސްށިޕްމަންޓް ސްޓިކަރ" އަށް ގެއްލުމެއް ނުލިބޭނޭހެން މުދާ ބެލެހެއްޓުމާއި، ސިލް ނުވަތަ ސްޓިކަރ ހަލާކުވެ ގެއްލުމެއް ލިބިއްޖެ ނަމަ، ކަސްޓަމްސްއަށް އެކަން އެންގުން.
(ރ) ޓްރާންސްށިޕްމަންޓް މުދާ ރައްކައުތެރިކަމާއެކު، އެ މުދާ ގެންދަން ހުއްދަ ދީފައިވާ ބަނދަރަށް ގެންދިއުމާއި، އެ މުދާ ގެންދަންޖެހޭ ބަނދަރު ފިޔަވައި އެހެން ތަނަކަށް އެ މުދާ ނުގެންދިއުން.
(ބ) ޓްރާންސްށިޕްމަންޓް މުދާ ގެންދަން ހުއްދަ ދީފައިވާ ބަނދަރަށް ގެންދަނިކޮށް، އެއްވެސް ސަބަބަކާހުރެ އެ މުދާ ގެންދަންޖެހޭ ތަން ނޫން އެހެން ތަނަކަށް، މުދާ ގެންދާ އުޅަނދު ކައިރިކުރާ ނަމަ، ކައިރިކުރުމުގެ ކުރިން ކަސްޓަމްސްގެ ހުއްދަ ހޯދުން؛ މީގެ ތެރޭގައި ވައިގެ މަގުން އުފުލާ މުދަލެއް ނުހިމެނޭނެއެވެ.
10 ވަނަ މާއްދާ - ސިލްޖެހުމުގެ ފީނެގުން
(ހ) ޓްރާންސްށިޕްމަންޓް ސިލް ނުވަތަ ޓްރާންސްށިޕްމަންޓް ސްޓިކަރ ޖަހައިދެވޭނީ، ގަވާއިދު ނަންބަރު 2011-41 (ކަސްޓަމްސްގެ އާންމު ގަވާއިދު) ގެ ޖަދުވަލު 36 ގެ 24 ވަނަ ނަންބަރުގައި ސިލްޖެހުމުގެ ފީގެ ގޮތުގައި ބަޔާންކޮށްފައިވާ - 200 (ދުއިސައްތަ) ރުފިޔާ، މުދާ ޓްރާންސްށިޕްކުރުމާ ހަވާލުވާ ފަރާތުން ކަސްޓަމްސްއަށް ދެއްކުމުންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފީ ނަގާނީ އަންނަނިވި ގޮތުގެ މަތީންނެވެ.
- ލޫސް ކާގޯގެގޮތުގައި ޓްރާންސްށިޕްކުރާ މުދަލަށް ހުށަހަޅާ ކޮންމެ ހައުސް އެއަރވޭބިލެއްގައި ހިމެނޭ ނުވަތަ ހައުސް ބިލް އޮފް ލޭޑިންގއެއްގައި ހިމެނޭ ކޮންސައިންމެންޓަކަށް 200 (ދުއިސައްތަ) ރުފިޔާ؛
- ކޮންޓެނަރައިޒު ކާގޯގެގޮތުގައި ޓްރާންސްށިޕްކުރާ މުދަލުގެ ކޮންމެ ކޮންޓެއިނަރ (20 ފޫޓް ނުވަތަ 40 ފޫޓް) އަކަށް 200 (ދުއިސައްތަ) ރުފިޔާ؛
11 ވަނަ މާއްދާ - އެއް ބަނދަރުން އަނެއް ބަނދަރަށް ޓްރާންސްށިޕްމަންޓް މުދާ ގެންދިޔުމަށް އޮފިސަރުން ހަމަޖެއްސުން
(ހ) ޕޯޓް އޮޕަރޭޓަރ މުދާ އުފުލާ ހާލަތުގައި ފިޔަވައި، ކަސްޓަމްސްގެ ކޮންޓްރޯލް އޮންނަ އެއް ބަނދަރުން އަނެއް ބަނދަރަށް ޓްރާންސްށިޕްމަންޓް މުދާ ގެންދިޔުމަށް އޮފިސަރުން ހަމަޖައްސާނީ ނަންބަރު 2014/ޔޫ-005 (ރަސްމީ ބަނދަރުތައް ފިޔަވައި އެހެން ތަންތަނަށް މުދާ އަރުވާ ބޭލުމާއި ފީ ނެގުމުގެ އުސޫލު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
(ށ) ޓްރާންސްށިޕްމަންޓް މުދާ ކަސްޓަމްސްގެ ކޮންޓްރޯލް އޮންނަ އެއް ބަނދަރުން އަނެއް ބަނދަރަށް ގެންދިޔުމަށް އޮފިސަރުން ހޭދަކުރާ ވަގުތަށް ރިއާޔަތްކޮށް ގަވާއިދު ނަންބަރު 2011-41 (ކަސްޓަމްސްގެ އާންމު ގަވާއިދު) ގެ ޖަދުވަލު 36 ގެ 12 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފީ ނެގޭނެއެވެ.
(ނ) މި މާއްދާ (ށ) ގައިވާ ގޮތުގެ މަތީން ފީ ނެގުމުގައި ދަތުރުގައި ހޭދަވި ވަގުތުކަމުގައި ބަލާނީ، މުދާ ރާއްޖެ ފުރަތަމަ ގެނެވުނު ރަސްމީ ބަނދަރުން މުދާ ދޫކުރެވޭ ގަޑިއާއި، މުދާ ޓްރާންސްށިޕްކުރެވޭ ބަނދަރު ހިންގާ ފަރާތުގެ ބެލުމުގެ ދަށަށް މުދާ ގެންދިޔުމާ ދޭތެރޭ ޖުމުލަ ހޭދަވި ވަގުތަށެވެ.
12 ވަނަ މާއްދާ - ޓްރާންސްށިޕްމަންޓް މުދާ އައި ބަނދަރުގައި ހުންނަ ކަސްޓަމްސް އޮފީހުގެ ޒިންމާ
ޓްރާންސްށިޕްމަންޓް މުދާ ފޮނުވައިލެވެނީ މުދާ އައި ބަނދަރު ފިޔަވައި އެހެން ބަނދަރަކުން ނަމަ، މުދާ އައި ބަނދަރުގައި ހުންނަ ކަސްޓަމްސްގެ އޮފީހުން، ތިރީގައިވާ ކަންކަން ކުރަންވާނެއެވެ.
(ހ) ޓްރާންސްށިޕްމަންޓް މުދާ އުފުލާ އުޅަނދ،ު މުދާ ހުރި ބަނދަރުން ނުކުތުމުގެ ކުރިން، މުދާ ގެންދިއުމަށް ހަމަޖެހިފައިވާ ބަނދަރުގައި ހުންނަ ކަސްޓަމްސް އޮފީހަށް އެ މުދަލުގެ މައުލޫމާތުދ،ީ އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް އެ މުދަލުގެ ލިޔުންތައް ފޮނުވުމާއި، އެ ލިޔުންތައް އެ އޮފީހަށް ލިބުނުކަން ކަށަވަރުކުރުން.
(ށ) ޓްރާންސްށިޕްމަންޓް މުދާ އުފުލާ އުޅަނދަށް މުދާ އަރުވަނީ ކަސްޓަމްސް އޮފިސަރުގެ ހާޒިރުގައިތޯ ނުވަތަ ކަސްޓަމްސްގެ ހުއްދަ ލިބިގެންތޯ ކަށަވަރުކުރުން.
(ނ) ޓްރާންސްށިޕްމަންޓް ޑިކްލަރޭށަނުގައި ބަޔާންކޮށްފައިވާ މައުލޫމާތާއި ޓްރާންސްށިޕްކުރެވޭ މުދަލާ ދިމާވާކަން ޔަގީންކުރުން.
(ރ) މުދާ ގެންދިއުމަށް ހަމަޖެހިފައިވާ ބަނދަރަށް ގެނައުމަށް ކަނޑައެޅިފައިވާ ވަގުތަށް އެ މުދާ ގެންދެވޭކަން ކަށަވަރުކުރުމަށް ކަސްޓަމްސްގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ދިނުން.
(ބ) އުސޫލު ނަންބަރު 2018/ޔޫ-001(5) (ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުން އެއްތަނުން އަނެއްތަނަށް ގެންދެވޭ މުދަލާއި ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުގައިވާ އުޅަނދުފަހަރު މޮނިޓަރކޮށް ބެލެހެއްޓުމާބެހޭ އުސޫލު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މިފަދަ މުދާ އުފުލާ އުޅަނދުގައި ޓްރެކިން ޑިވައިސް ހަރުކުރަން ކަނޑައަޅައިފި ނަމަ އެ އުޅަނދެއްގައި ޓްރެކިން ޑިވައިސް ހަރުކޮށްފައިވޭތޯ ބެލުން.
13 ވަނަ މާއްދާ - ޓްރާންސްށިޕްމަންޓް މުދާ ގެންދެވޭ ބަނދަރުގައި ހުންނަ ކަސްޓަމްސް އޮފީހުގެ ޒިންމާ
ޓްރާންސްށިޕްމަންޓް މުދާ ގެންދެވޭ ބަނދަރުގައި ހުންނަ ކަސްޓަމްސްގެ އޮފީހުން، ތިރީގައިވާ ކަންކަން ކުރަންވާނެއެވެ.
(ހ) ޓްރާންސްށިޕްމަންޓް މުދާ ބަނދަރަށް ބާލާއިރު، އެ މުދަލުގެ ސިލް ނުވަތަ ޓްރާންސްށިޕްމަންޓް ސްޓިކަރ ހުރީ ރަނގަޅަށްތޯ ޗެކްކުރުން.
(ށ) ޓްރާންސްށިޕްމަންޓް ޑިކްލަރޭށަނުގައި ބަޔާންކޮށްފައިވާ މައުލޫމާތާއި ޓްރާންސްށިޕްކުރެވޭ މުދަލާ ދިމާވާކަން ޗެކްކުރުން.
(ނ) ޓްރާންސްށިޕްމަންޓް މުދާ ގެނައި އުޅަނދުގައި ޓްރެކިން ޑިވައިސް ހަރުކޮށްފައިވާ ނަމަ، ޓްރެކިން ޑިވައިސް ރިސީވްކުރުން.
14 ވަނަ މާއްދާ - ކަނޑައެޅިފައިވާ މުއްދަތުގައި މުދާ އަނބުރާ ފޮނު ވައިނުލުން
(ހ) އެއްވެސް ސަބަބަކާހުރެ ކަނޑައެޅިފައިވާ މުއްދަތުގައި ޓްރާންސްށިޕްމަންޓް މުދާ ފޮނުވައިނުލެވިއްޖެ ނަމަ، އެ މުދާ ފޮނުވައިލުމަށް 30 (ތިރީސް) ދުވަހުގެ މުއްދަތެއް މުދަލުގެ ވެރިފަރާތަށް ނުވަތަ އޭޖެންޓަށް ދެވޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ފޮނުވައިނުލާ މުދަލަކީ ދޫކޮށްލައިފައިވާ މުދަލުގެ ގޮތުގައި ބަލައި، ގާނޫނު ނަންބަރު 2011-08 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު) އާއި، ގަވާއިދު ނަންބަރު 2011-41 (ކަސްޓަމްސްގެ އާންމު ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ މުދަލާމެދު އަމަލުކުރެވޭނެއެވެ.
(ނ) ޓްރާންސްށިޕްމަންޓް މުދާ ފޮނުވައިނުލެވި ބަނދަރުގައި ހުންނަ މުއްދަތުގައި ބަނދަރު ހިންގާ ފަރާތަށް އެއްވެސް ފައިސާއެއް ދައްކަންޖެހޭ ނަމަ، އެ ފައިސާއެއް ދެއްކުމަކީ މުދަލުގެ ވެރިފަރާތުގެ ނުވަތަ އޭޖެންޓުގެ ޒިންމާއެކެވެ.
15 ވަނަ މާއްދާ - ށިޕް ޓު ށިޕް ޓްރާންސްފަރކުރުން
(ހ) މި އުސޫލުގެ ދަށުން ށިޕް ޓު ށިޕް (އެސ.ްޓ.ީއެސް) ޓްރާންސްފަރކުރުމަށް ހުށަހެޅޭނީ، ކަސްޓަމްސްގައި ރަޖިސްޓަރކޮށްފައިވާ ށިޕިންގ އޭޖެންޓުންނަށެވެ.
(ށ) ށިޕް ޓު ށިޕް (އެސ.ްޓ.ީއެސް) ޓްރާންސްފަރކުރުމަށް މި އުސޫ ލުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޓްރާންސްށިޕްމަންޓް ޑިކްލަރޭށަނާއެކު ހުށަހަޅަންޖެހޭނެކަމަށް ކަސްޓަމްސްއިން ކަނޑައަޅާ ލިޔެކިޔުންތައ،ް އުޅަނދުގެ ށިޕިންގ އޭޖެންޓ،ް ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.
16 ވަނަ މާއްދާ - އުސޫލާ ހިލާފުވުން
(ހ) ރާއްޖެއަށް ޓްރާންސްށިޕްމަންޓުގެ ގޮތުގައި ގެންނަ މުދަލުގެ ތެރެއިން މި އުސޫލުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަނުވާ މުދ،ާ ޓްރާންސްށިޕްކުރުމުގެ ހުއްދައެއް ނުދެވޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ޓްރާންސްށިޕްކުރުމަށް ހުއްދަނުދެވޭ މުދަލާމެދު އަމަލުކުރާނީ، ގަވާއިދު ނަންބަރު 2011-41 (ކަސްޓަމްސްގެ އާންމު ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
(ނ) މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ޓްރާންސްށިޕްމަންޓް މުދަލެއްގައި ކަސްޓަމްސްއިން ޖަހައިފައިވާ ސިލެއް ކަސްޓަމްސްއިން ކެނޑުމުގެ ކުރިން ހަލާކުކުރުން ނުވަތަ ކެނޑުން ނުވަތަ އެ މުދާ ބަންދުކޮށްފައިހުރި އެއްޗެއް އެއްވެސް ގޮތަކަށް ހަލާކުކުރުމުގެ އަމަލެއް ކޮށްފި ނަމަ، އެ މުދާ ޓްރާންސްށިޕްކުރުމަށް ހަވާލުވެފައިވާ ފަރާތ،ް ގަވާއިދު ނަންބަރު 2011-41 (ކަސްޓަމްސްގެ އާންމު ގަވާއިދު) ގެ 550 ވަނަ މާއްދާގެ
(ރ) ގެ (1) ވަނަ ނަންބަރުގެ ދަށުން 50,000 (ފަންސާސް ހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.
17 ވަނަ މާއްދާ - ރިކޯޑު ބެލެހެއްޓުން
މި އުސޫލުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ރިކޯޑު ބަލަހައްޓާނީ، ޓްރާންސްށިޕްކޮށް އެ މުދަލެއް ރާއްޖެއަށް ގެނައި ބަނދަރެއްގައި ހުންނަ ކަސްޓަމްސްގެ އެގްޒަމިނޭށަން ސެކްށަނުންނެވެ.
18 ވަމަ މާއްދާ - މާނަކުރުން
މި އުސޫލުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތައް މާނަކޮށްފައި އެވަނީ ތިރީގައިވާ ގޮތަށެވެ.
(ހ) "ޓްރާންސްށިޕްމަންޓް ޑިކްލަރޭށަން" ކަމަށް ބުނެފައި އެވަނީ،ޓްރާންސްށިޕްކުރަން ބޭނުންވާ މުދަލުގެ މައުލޫމާތު ކަސްޓަމްސްއަށް ހުށަހެޅުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ފޯމަށް ނުވަތަ ފޯމެޓަށެވެ.
(ށ) "ކޮންޓެއިނަރ" ކަމަށް ބުނެފައި އެވަނީ، ރާއްޖެއަށް އިމްޕޯޓްކުރާ މުދަލާއި އެކްސްޕޯޓްކުރާ މުދާ އުފުލުމަށް ބޭނުންކުރާ ކާގޯ ކޮންޓެއިނަރަށެވެ.
(ނ) "ލޫސް ކާގޯ" ކަމަށް ބުނެފައި އެވަނީ، ކޮންޓެނަރައިޒުކޮށްފައިވާ ކާގޯ ފިޔަވައި އެހެން މުދަލަށެވެ.
(ރ) "ޕޯޓް އޮޕަރޭޓަރ" ކަމަށް ބުނެފައި އެވަނީ، މުދާ ބަލައި ފާސްކޮށް ކްލިއަރކުރުމުގެ އިންތިޒާމު ހަމަޖެހިފައިވ،ާ ކަނޑުގެ ރަސްމީ ބަނދަރުތަކަށާއި ވައިގެ ރަސްމީ ބަނދަރުތަކަށެވެ.
(ބ) "ކާގޯ މެނިފެސްޓް" ކަމަށް ބުނެފައި އެވަނީ، އުޅަނދަކަށް ބަރުކޮށްފައިވާ އެންމެހައި މުދަލާ ގުޅޭގޮތުން، ތެދު އަދި ފުރިހަމަ މައުލޫމާތުގެ މައްޗަށް ބިނާކޮށް އުޅަނދުގެ ވެރިފަރާތް ނުވަތަ މާސްޓަރު ނުވަތަ ޕައިލެޓް ހުށަހަޅާ ބަޔާނަށެވެ.
(ޅ) "ނޭށަނަލް ސިވިލް އޭވިއޭށަން ޕްރޮގްރާމް" ކަމަށް ބުނެފައި އެވަނީ، ވައިގެ ދަތުރުފަތުރުގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކުގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކުރުމަށް ކަނޑައަޅައިފައިވާ ޕްރޮގްރާމަށެވެ.
(ކ) "ޓްރާންސްށިޕްމަންޓް ސްޓިކަރ" ކަމަށް ބުނެފައި އެވަނީ، ކަސްޓަމްސްގެ ކޮންޓްރޯލް އޮންނަ އެއް ބަނދަރުން އަނެއް ބަނދަރަށް ޓްރާންސްށިޕްމަންޓް މުދާ އުފުލުމަށް ނުވަތަ ގެންދިޔުމަށް ހުއްދަދެވޭ މުދަލުގައި ސިލް ޖެހެން ނެތް ހާލަތުގައި ޖެހުމަށް މި އުސޫލުގެ ޖަދުވަލު 1 ގެ ގޮތުގައި ހިމަނައިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށް ކަސްޓަމްސްއިން ޖަހާ ސްޓިކަރއަށެވެ.
(އ) "ޓްރާންސްށިޕްމަންޓް ސިލް" ކަމަށް ބުނެފައި އެވަނީ، ކަސްޓަމްސްގެ ކޮންޓްރޯލް އޮންނަ އެއް ބަނދަރުން އަނެއް ބަނދަރަށް ޓްރާންސްށިޕްމަންޓް މުދާ އުފުލުމަށް ނުވަތަ ގެންދިޔުމަށް ހުއްދަދެވޭ މުދަލުގައި ކަސްޓަމްސްގެ އާންމު ގަވާއިދުގެ ޖަދުވަލު 36 ގެ 24 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފީ ނެގުމަށްފަހު ޖަހާ ސިލަށެވެ.
19 ވަނަ މާއްދާ - އަމަލުކުރަން ފެށުން
މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
ޖަދުވަލު 1
ކިޔުންތެރިންގެ ހިޔާލު