-

ފެއަރ، ނައިޓްމާރކެޓް ނުވަތަ މަގުމަތީބާޒާރު ހިންގުމުގެ ހުއްދަ ދޫކުރުމުގައި އަމަލުކުރާނެ އުސޫލު އަށް 2 ވަނަ އިސްލާހު ގެނައުމުގެ އުސޫލު

(އުސޫލު ނަންބަރު 2024-25)

(މި އުސޫލަށް އަމަލުކުރަން ފެށީ 30 ޖުލައި 2024 ގައި)

 

ފެއަރ، ނައިޓްމާރކެޓް ނުވަތަ މަގުމަތީބާޒާރު ހިންގުމުގެ ހުއްދަ ދޫކުރުމުގައި ޢަމަލުކުރާނެ އުސޫލަށް 2 ވަނަ އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 7 ވަނަ މާއްދާގެ (ނ) ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް އިސްލާހުކުރުން.

ފެއަރ، ނައިޓްމާރކެޓް ނުވަތަ މަގުމަތީބަޒާރު ހިންގުމުގެ ހުއްދަ ދޫކުރުން 7.

(ނ) ފެއަރ، ނައިޓް މާރކެޓް ނުވަތަ މަގުމަތީ ބާޒާރު ބޭއްވުމުގުގެ ހުއްދަ ދޫކުރެވޭނީ ގިނަވެގެން 10 (ދިހައެއް) ދުވަހުގެ މުއްދަތަށެވެ.


2 ވަނަ މާއްދާ - މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި އުސޫލު

ފެއަރ، ނައިޓްމާރކެޓް ނުވަތަ މަގުމަތީބާޒާރު ހިންގުމުގެ ހުއްދަ ދިނުމުގައި އަމަލުކުރާނެ އުސޫލު (އުސޫލު - 2019-06-10)

 

ކޮންސޮލިޑޭޓެޑް އުސޫލު

ފެއަރ، ނައިޓްމާރކެޓް ނުވަތަ މަގުމަތީބާޒާރު ހިންގުމުގެ ހުއްދަ ދިނުމުގައި އަމަލުކުރާނެ އުސޫލު - (ކޮންސޮލިޑޭޓެޑް ނަންބަރު 2019-06)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު