-

ނޭނަލް ސްޕޯޓްސް ވެޓެރަންސް އެމްބެސެޑަރސް ދަފުތަރު އެކުލަވަ އި ލުމާބެހޭ އުސޫލު

(އުސޫލު ނަންބަރު 2024-11)

(މި އުސޫލަށް އަމަލުކުރަން ފެށީ 28 މާރިޗު 2024 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން 

(ހ) މިއ،ީ ގާނޫނު ނަންބަރު 2015-30 (ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނު) ގެ 13 ވަނަ މާއްދާގެ )ގ( އާއި (ޓ) ގެ ދަށުން ބާރު ލިބިގެން، ނޭށަނަލް ސްޕޯޓްސް ވެޓެރަންސް އެމްބެސެޑަރސް ދަފުތަރު އެކުލަވައިލުމުގައި އަމަލުކުރަންވީ ގޮތް ބަޔާންކުރުމުގެ ގޮތުން އެކުލަވައިލެވިފައިވާ އުސޫލެކެވެ.

(ށ) މި އުސޫލަށް ކިޔާނީ، "ނޭށަނަލް ސްޕޯޓްސް ވެޓެރަންސް އެމްބެސެޑަރސް ދަފުތަރު އެކުލަވައިލުމާބެހޭ އުސޫލު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދުތައް 

(ހ) ގައުމީ ނުވަތަ ބައިނަލްއަގްވާމީ ފެންވަރުގައި ކުޅިވަރު ކުޅެ، ކުޅިވަރުން ރިކޯޑު ހަދައި، މެޑަލް ހޯދައި، ކުޅިވަރުގެ ތެރެއިން ގިނަގުނަ ކާމިޔާބީ ހޯދައިފައިވާ ފަރާތްތަކާއި، ކުޅިވަރާ ގުޅުންހުރި ދާއިރާގެ ތެރޭގައި ހަރަކާތްތެރިވަމުންދާ އަދި ހިދުމަތްކޮށްފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް، އެ ފަރާތްތަކަށް ހިތްވަރުދީ ކުޅިވަރުގެ މާހައުލުގައި ދެމިތިބުމުގެ ށައުގުވެރިކަން އުފެއްދުން

(ށ) ޒުވާން ކުޅުންތެރިން އެކިއެކި ސަބަބުތަކާހުރެ ކުޅިވަރުން ވަކިވެގެންދާއިރު، ކުރިމަގުގައި އެ ކުޅުންތެރިން ކުޅިވަރުގެ ދާއިރާގެ ތެރޭގައި ކުރެވޭނެ އެހެން މަސައްކަތްތައް ދަސްކޮށްދީ މި ދާއިރާއިން އިތުރަށް ދެމިތިބޭނެ ފުރުސަތު ހޯދައިދިނުން.

(ނ) ވަކި ހާއްސަ ކުޅިވަރަކަށް ނުވަތަ ގިނަ ކުޅިވަރުތައް ކުޅޭ ކުޅުންތެރިން ކުޅުން ހުއްޓައިލުމަށްފަހު، ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް އަދި ކުޅިވަރުގެ ދާއިރާއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ފުރިހަމަ މައުލޫމާތު ފޯރުކޮށްދޭނެ ބައެއްގެ ގޮތުގައި ދެމިތިބުމަށް ހިތްވަރުދިނުން.

 

3 ވަނަ މާއްދާ - ނަން ހުށަހެޅޭނެ ފަރާތްތަކުގެ ށަރުޠުތައް

ނޭށަނަލް ސްޕޯޓްސް ވެޓެރަންސް އެމްބެސެޑަރސް ދަފުތަރަށް ނަން ހުށަހަޅާ ފަރާތްތަކުގެ ކިބައިގައި އަންނަނިވި ށަރުޠުތައް ފުރިހަމަވާންވާނެއެވެ.

(ހ) އުމުރުން 40 (ސާޅީސް) އަހަރު ފުރިފައިވާ ފަރާތެއް ކަމުގައި ވުން.

(ށ) ގައުމީ ނުވަތަ ބައިނަލްއަގްވާމީ ފެންވަރުގައި ކުޅިވަރު ކުޅެ ވަނައެއް ހޯދައިފައިވާ ފަރާތަކަށްވުން.

(ނ) ކުޅިވަރު ކުޅުމުގައި ނުވަތަ ކުޅިވަރުގެ ދާއިރާގައި އެކަށީގެންވާ މުއްދަތަކަށް (މަދުވެގެން 10 އަހަރު) ހަރަކާތްތެރިވެފައިވު މާއި، މި މާއްދާގެ ބޭނުމަށް، ކުޅިވަރު ކުޅުމަކީ ވާދަވެރި މުބާރާތްތަކެއްގައި ހަރަކާތްތެރިވެފައިވާ ފަރާތަކަށް ވުން.

(ރ) ކުޅިވަރުގެ އަހްލާގަށް އިސްކަންދ،ޭ އަހްލާގީ މައްސަލައެއް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުން.

(ބ) ކުޅިވަރުގެ އެއްވެސް ގާނޫނަކާއި، ގަވާއިދަކާއި، އުސޫލަކާ ހިލާފުވެފައި ނުވ،ާ އަދި ކުޅިވަރުގެ މައި އިދާރާއަކުން އިދާރީ ފިޔަވަޅެއް ނުވަތަ އަހްލާގީ މައްސަލައެއް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުން.

(ޅ) ވެޓެރަންސް މުބާރާތްތައް ފިޔަވައި، ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ކުޅުންތެރިއެއްގެ ގޮތުގައި ބައިވެރިވާ ފަރާތެއް ކަމުގައި ނުވުން.

(ކ) ޖިނާއީ ކުށެއް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުން.

(އ) ކުޅިވަރުގެ ރިވެތި އަހްލާގަށް ނޭދެވޭ އަސަރެއްކޮށްފާނެ ފަދަ އަމަލެއް ކޮށް، އެކަމާ ގުޅިގެން ހަބަރު ފަތުރާ ވަސީލަތެއް ނުވަތަ ސޯށަލް މީޑިއާ ޕްލެޓްފޯމެއް މެދުވެރިކޮށް ހާމަކުރުމުގެ ސަބަބުން ކުޅިވަރަށް ގެއްލުމެއް ދީފައިވާ ފަރާތެއް ކަމުގައި ނުވުން.

 

4 ވަނަ މާއްދާ - ވެޓެރަންސް އެމްބެސެޑަރސްގެ ޒިންމާތައް

ވެޓެރަންސް އެމްބެސެޑަރސްގެ މަސްއޫލިއްޔަތާއި ޒިންމާތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

(ހ) މުޖުތަމައު ބަލައިގަންނަ އަދި ކުޅިވަރުގެ ދާއިރާއިން ހިދުމަތްކޮށްފައިވާ ފަރާތަކަށް ވުން. 

(ށ) ކުޅިވަރުގެ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް މަސައްކަތް ކުރުން. 

(ނ) ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް އެކުލަވައިލެވޭ ސިޔާސަތުތައް ކަނޑައެޅުމުގައި އެ ފަރާތްތަކުގެ އެހީތެރިކަން ފޯރުކޮށްދިނުން.

(ރ) ލިބިފައިވާ ހުނަރާއި ތަޖުރިބާގެ އަލީގައި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް މަސައްކަތްކޮށްދިނުމުގެ ގޮތުން ވަގުތު ދިނުން.

(ބ) އިންސާނީ ހައްގުތައް ރައްކައުތެރިކުރުމާއެކު، އެއްވެސް ފަރާތެއް ބާކީނުކޮށް، ހުރިހާ ފަރާތަކަށް ވެސް އިންސާފުވެރިކަމާއި ހަމަހަމަ އުސޫލަކުން މަސައްކަތްކުރުން.

(ޅ) ކުޅިވަރުގެ ދާއިރާއާ ގުޅުންހުރި ފަރާތްތަކުގެ (ސްޓޭކް ހޯލްޑަރުން) ގެ މަސްލަހަތާއި ބޭނުންތަކަށް ރިއާޔަތްކޮށް، ހަމަހަމަ، އިންސާފުވެރި އުސޫލަކުން ހައްލުތައް ހޯދައިދިނުން.

(ކ) ކުޅިވަރުގެ ހަރަކާތްތަކުގެ ތެރޭގައި ހިނގާ (ރަނގަޅު އަދި ނުރަނގަޅު) ކަންތައްތައް ފާހަގަކޮށް، ކުޅިވަރާބެހޭ ގައުމީ މަޖިލީހަށް ހުށަހެޅުން.

(އ) ކުޅިވަރުގެ ދާއިރާއާ ގުޅުންހުރި ފަރާތްތައްކަމަށްވާ ކުޅިވަރާބެހޭ ވުޒާރާއާއި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާއި، ކޮމިށަނަރ އޮފް ސްޕޯޓްސްއާއި، ގައުމީ ކުޅިވަރު ޖަމްއިއްޔާތަކާއި، ކުޅިވަރު ކްލަބްތަކާއި އެކަޑަމީއާ ގުޅިގެން، ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތަކަށް ވުން.

 

5 ވަނަ މާއްދާ - ވެޓެރަންސް އެމްބެސެޑަރސްއަށް ލިބިދޭ މަންފާތައް 

ނޭށަނަލް ސްޕޯޓްސް ވެޓެރަންސް އެމްބެސެޑަރސްގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކަށް ލިބިދެވޭ މަންފާތައް، ތިރީގައި ބަޔާންކޮށް ފައި މިވަނީއެވެ.

(ހ) ގައުމީ ފެންވަރުގައި ނުވަތަ ބައިނަލްއަގްވާމީ ފެންވަރުގައި ބޭއްވޭ ކުޅިވަރުގެ ހަރަކާތްތަކުގައި ވެޓެރަންސް އެމްބެސެޑަރެއްގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ލިބިދިނުން.

(ށ) ވެޓެރަންސް އެމްބެސެޑަރެއްގެ ގޮތުގައި މި މާއްދާގެ (ހ) ގެ ދަށުން ބައިވެރިވާ ހުރިހާ ހަރަކާތްތަކަށް ހިނގާ ހަރަދުތައް ހަމަޖައްސައިދިނުން.

(ނ) ވެޓެރަންސް އެމްބެސެޑަރެއްގެ ގޮތުން ދޭ ށަރަފު )މެޑަލ/ްބެޖް( ދިނުން.

(ރ) ކުޅިވަރާ ގުޅުންހުރި އެކިއެކި މުނާސަބަތުގައި މި މެޑަލް ނުވަތަ ބެޖު ބޭނުންކުރުމުގެ އިހްތިޔާރު ދިނުން.

(ބ) ސްޕޯޓްސް މެޑިކަލް އިންށުއަރެންސްގެ ދަށުން، އިންށުއަރެންސް ހަމަޖައްސައިނުން.

(ޅ) މާލީ އިދާރާތަކުން ލިބެންހުންނަ ލޯނު ފަދަ ފެސިލިޓީ ހޯދުމުގައި އެހީތެރިކަން ދިނުން.

 

6 ވަނަ މާއްދާ - އެމްބެސަޑަރުން ކަނޑައެޅުން

(ހ) ވެޓެރަންސް އެމްބެސެޑަރުން ކަނޑައަޅާނީ، ކުޅިވަރާބެހޭ ވަޒީރާއި، މި އުސޫލުގެ 7 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ ކޮމިޓީއަކުންނެވ.ެ މި ކޮމިޓީގެ ނަމަކީ، ވެޓެރަންސް އެމްބެސެޑަރުން ކަނޑައަޅާ ކޮމިޓީއެވެ.

(ށ) ވެޓެރަންސް އެމްބެސެޑަރުން ކަނޑައެޅުމުގައި ބަލާނީ، މިކަމަށް މި އުސޫލުގެ ޖަދުވަލު 1 ގައި ހާއްސަކޮ ށްފައިވާ ފޯމާއި، ހުށަހަޅައިފައިވާ ލިޔެކިޔުންތަކާއި، ކަމާ ގުޅުންހުރި ފަރާތްތަކުން ލިބޭ މައުލޫމާތުގެ މައްޗަށެވ.ެ މި މައުލޫމާތުގެ ސައްހަކަން ބެލުމަކީ، ވެޓެރަންސް އެމްބެސެޑަރުން ކަނޑައަޅާ ކޮމިޓީގެ ޒިންމާއެކެވެ.

 

7 ވަނަ މާއްދާ - ވެޓެރަންސް އެމްބެސެޑަރުން ކަނޑައަޅާ ކޮމިޓީ

މި ކޮމިޓީ އެކުލެވިގެންވާނީ 5 (ފަހެއް) މެންބަރުންގެ މައްޗަށެވ.ެ މި 5 (ފަހެއް) މެންބަރުން އައްޔަނުކުރާނީ ކުޅިވަރާބެހޭ ވަޒީރެވ.

 

8 ވަނަ މާއްދާ - ކޮމިޓީ މެންބަރުންގެ ސިފަތައް

ވެޓެރަންސް އެމްބެސެޑަރުން ކަނޑައަޅާ ކޮމިޓީއަށް އައްޔަނުކުރާ މެންބަރުންގެ ކިބައިގައި، ތިރީގައިމިވާ ސިފަތައް ހުންނަންވާނެއެވ.

(ހ) ބުއްދި ސަލާމަތުންހުރި ދިވެހި ރައްޔިތަކު ކަމުގައި ވުން.

(ށ) ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާ ފަރާތަކަށް ނުވުން.

(ނ) ދިވެހިރާއްޖޭގައި އިޖުތިމާއީ ފެންވަރުގައްޔާއި ގައުމީ ފެންވަރުގައި ކުޅިވަރުގެ ދާއިރާގައި އަމަލީގޮތުން ހަރަކާތްތެރިވ،ެ އެކަށީގެންވާ ތައުލީމު ނުވަތަ ތަޖުރިބާ ލިބިފައިވާ ފަރާތެއް ކަމުގައި ވުން.

(ރ) ގާނޫނު ނަންބަރު 2015-30 (ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނު) ގެ ދަށުން ރަޖިސްޓަރީކުރާ ގައުމީ ކުޅިވަރު އެސޯސިއޭށަނެއްގެ ނުވަތަ ފެޑެރޭށަނެއްގެ ހިންގާ ކޮމިޓީގައި ހިމެނޭ މެންބަރެއް ކަމުގައި ނުވުން.

(ބ) އެންމެ މަތީ ދަރަޖައަކަށް އަމިއްލަ އަހްލާގާއި، މަސައްކަތުގެ އަހްލާގާއި، ހަރުދަނާކަމާއި ރަނގަޅު އުސޫލުތަކެއް ލިބިގެންވ،ާ އަދި ދިވެހިރާއްޖޭގެ ކުޅިވަރު ދާއިރާއަށް ދިގުރާސްތާގެ މަސްލަހަތުތައް ތަމްސީލުކޮށްދިނުމުގައި މަސައްކަތްކޮށްދޭ ފަރާތެއް ކަމުގައި ވުން.

(ޅ) ގައުމީ ކުޅިވަރު ޖަމްއިއްޔާއެއްގެ މަގާމެއް އަދާކުރުމަށް ބައިނަލްއަގްވާމީ ޖަމްއިއްޔާއަކުން މަނާކޮށްފައިވާ ފަރާތަކަށް ނުވުން

 

9 ވަނަ މާއްދާ - ވެޓެރަންސް އެމްބެސެޑަރުން ކަނޑައަޅާ ކޮމިޓީގެ ދައުރު

(ހ) ވެޓެރަންސް އެމްބެސެޑަރުން ކަނޑައަޅާ ކޮމިޓީގެ ދައުރަކީ، މީލާދީ 5 )ފަހެއް( އަހަރުދުވަހެވެ.

(ށ) ވެޓެރަންސް އެމްބެސެޑަރުން ކަނޑައަޅާ ކޮމިޓީގެ ދައުރު ގުނަން ފަށާނީ، ކޮމިޓީ އެކުލަވައިލެވޭ ތާރީހުން ފެށިގެންނެވެ.

 

10 ވަނަ މާއްދާ - ކޮމިޓީގެ މަސްއޫލިއްޔަތު

މި އުސޫލުގެ ދަށުން، ނޭށަނަލް ސްޕޯޓްސް ވެޓެރަންސް އެމްބެސެޑަރސް ދަފުތަރު އެކުލަވައިލާ ކޮމިޓީގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވ.

(ހ) ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު އެމްބެސެޑަރުން ކަނޑައަޅަންވާނެއެވ.ެ

(ށ) ކޮމިޓީގެ ނިންމުންތަކުގެ ސިއްރު ހިފަހައްޓަންވާނެއެވ.ެ

(ނ) އެމްބެސަޑަރުން ކަނޑައަޅައި ނިންމިގޮތުގެ ރިޕޯޓެއް ތައްޔާރުކޮށްފައި ކުޅިވަރާބެހޭ ވަޒީރަށް ހުށަހަޅަންވާނެއެވ.

 

11 ވަނަ މާއްދާ - ކޯޑް އޮފް ކޮންޑަކްޓް 

ވެޓެރަންސް އެމްބެސެޑަރުންގެ ގޮތުގައި ކަނޑައަޅާ ފަރާތްތަކާއެކު ކޯޑް އޮފް ކޮންޑަކްޓެއްގައި ސޮއިކުރެވޭނެއެވ.

 

12 ވަނަ މާއްދާ - ދަފުތަރުން ނަން އުނިކުރުން

ތިރީގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެއްޖެނަމަ، ނޭށަނަލް ސްޕޯޓްސް ވެޓެރަންސް އެމްބެސެޑަރސް ދަފުތަރުން ނަން އުނިކުރެވޭނެއެވ.

(ހ) ކޯޓަކުން ނުވަތަ ޓްރައިބިއުނަލަކުން އެ މީހެއްގެ މައްޗަށް ޖިނާއީ ނުވަތަ މަދަނީ މައްސަލައެއް ސާބިތުވެ ހުކުމެއް އިއްވުން.

(ށ) ނަޒާހަތްތެރިކަން ގެއްލޭފަދަ އެއްވެސް އަމަލެއް ކޮށްގެން އެކަން ސާބިތުވެފައިވާ ފަރާތެއްކަން ބަޔާންކުރުމަށ.ް

(ނ) ވެޓެރަންސް އެމްބެސެޑަރ އަމިއްލައަށް އެދިގެން ދަފުތަރުން ނަން އުނިކުރުން.

(ރ) ސައްހަނޫން މައުލޫމާތު ހުށަހެޅުމަށްފަހު ރަޖިސްޓަރީވާ ފަރާތްތައް އުނިކުރުން.

 

13 ވަނަ މާއްދާ - އުސޫލަށް ބަދަލުގެނައުން 

މި އުސޫލަށް ބަދަލު ގެނައުމުގެ އިހްތިޔާރު ލިބިގެންވަނީ ހަމައެކަނި ކުޅިވަރާބެހޭ ގައުމީ މަޖިލީހަށެވެ.

 

14 ވަނަ މާއްދާ - މާނަކުރުން

މި އުސޫލުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނައެވެ.

(ހ) "ކުޅިވަރާބެހޭ ގައުމީ މަޖިލިސް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2015-30 (ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނު) ގެ 12 ވަނަ މާއްދާގެ ދަށުން އުފައްދައިފައިވާ ކުޅިވަރާބެހޭ ގައުމީ މަޖިލީހަށެވެ.

(ށ) "ކުޅިވަރާބެހޭ ވަޒީރު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ކުޅިވަރު ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވ.ެ

(ނ) "ނޭށަނަލް ސްޕޯޓްސް ވެޓެރަންސް އެމްބެސެޑަރސް" ކަމަށް ބުނެފައި އެވަނީ، މި އުސޫލުގައި ކަނޑައެޅިފައިވާ ށަރުޠުތައް ފުރިހަމަވެގެން ދަފުތަރުގައި ރަޖިސްޓަރީ ކުރެވޭ ފަރާތްތަކަށެވ.ެ

(ރ) "ވެޓެރަންސް މުބާރާތްތައް " ކަމަށް ބުނެފައި އެވަނީ، ގައުމީގޮތުންނާއި ބައިނަލްއަގްވާމީ ގޮތުން ވެޓެރަންސް ކެޓަގަރީއަށް ހާއްސަކޮށްގެން ބާއްވާ މުބާރާތްތަކަށެވ.ެ

(ބ) "ކުޅިވަރުގެ ދާއިރާއާ ގުޅުންހުރި ފަރާތްތައް" ކަމަށް ބުނެފައި އެވަނީ، ކުޅިވަރާބެހޭ ވުޒާރާއާއި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާއި، ކޮމިށަނަރ އޮފް ސްޕޯޓްސްއާއި، ގައުމީ ކުޅިވަރު ޖަމްއިއްޔާތަކާއި، ކުޅިވަރު ކްލަބްތަކާއި، އެކަޑަމީތައް ހިމެނޭ ގޮތަށެވ.ެ

(ޅ) "ދަފުތަރު" ކަމަށް ބުނެފައި އެވަނީ، ނޭށަނަލް ސްޕޯޓްސް ވެޓެރަންސް އެމްބެސެޑަރސް ދަފުތަރަށެވެ.

 

15 ވަނަ މާއްދާ - އަމަލުކުރަން ފެށުން 

މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

ޖަދުވަލު 1

 

މައި ގާނޫނު

ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނު (ގާނޫނު ނަންބަރު 2015-30)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު