-

ދައުލަތުގެ ބެލުމުގެ ދަށުން ހިލޭ ފަރުޒު ހައްޖަށް މީހުން ގެންދާނެ ގޮތުގެ އުސޫލު

(އުސޫލު ނަންބަރު 2024-05)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 5 ފެބުރުއަރީ 2024 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއ،ީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުތަކުގެ ތެރޭގައި، ދައުލަތުގެ ބެލުމުގެ ދަށުން، ފުދުންތެރިކަން ނެތް މީހުން ހިލޭ ފަރުޒު ހައްޖަށް ގެންދިއުން ހިމެނޭތީ، އެކަން ތަންފީޒު ކުރުމަށް ޓަކައި، ވުޒާރާގެ ބޭނުމަށް ރިޒާވްކުރާ ހައްޖު ކޯޓާއިނ،ް "ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު" ގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ފިޔަވަހިތަކަކަށް ބަހައިލައިގެނ،ް ކަނޑައެޅޭ ވަކި އަދަދެއްގެ ބަޔަކަށ،ް ދައުލަތުގެ ބެލުމުގެ ދަށުން ހިލޭ ފަރުޒު ހައްޖަށް ގެންދިއުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި ޢަމަލުކުރާނެ އުސޫލުތަކާއި ހަމަތަކާއި މިންގަނޑުތައް ބަޔާންކުރުމަށް ޓަކައި އެކުލަވައިލައިފައިވާ އުސޫލެކެވެ. 

(ށ) މި އުސޫލަށް ކިޔާނީ، "ދައުލަތުގެ ބެލުމުގެ ދަށުން ހިލޭ ފަރުޒު ހައްޖަށް މީހުން ގެންދާނެގޮތުގެ އުސޫލު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި އުސޫލުގެ ބޭނުމަކީ އަންނަނިވި މަގުސަދުތައް ހާސިލުކުރުމެވެ.

(ހ) ފަގީރުންނާއި މިސްކީނުންނަށް ފަރުޒު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ދައުލަތުގެ ފަރާތުން ހިލޭ ފަހިކޮށްދިނުން.

(ށ) ދިވެހި ދައުލަތުގެ ބެލުމުގެ ދަށުން ހިލޭ ފަރުޒު ހައްޖަށް ގެންދާނެ މީހުން ހޮވާނެ ގޮތް ކަނޑައެޅުން.

(ނ) ދިވެހި ދައުލަތުގެ ބެލުމުގެ ދަށުން ހިލޭ ފަރުޒު ހައްޖަށް ގެންދާނެ މީހުންގެ އަދަދާއި ހަރަދު ހަމަޖައްސާނެ ގޮތް ބަޔާންކުރުން.

(ރ) ދިވެހި ދައުލަތުގެ ބެލުމުގެ ދަށުން ހިލޭ ފަރުޒު ހައްޖަށް ގެންދިއުމުގެ އިންތިޒާމު ހަމަޖައްސާނެ ގޮތް ބަޔާންކޮށްދިނުން.

(ބ) މި އުސޫލުގެ ދަށުން ހައްޖަށް މީހުން ފޮނުވައިދިނުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުން.

 

3 ވަނަ މާއްދާ - ފުރުސަތު ދެވޭނެ ފަރާތްތަކުގެ ށަރުތުތައް 

މި އުސޫލުގެ ދަށުން ހިލޭ ފަރުޒު ހައްޖަށް ގެންދާނެ މީހުން ހޮވާނީ، ވުޒާރާއިން އެކުލަވައިލާ ފަގީރުންނާއި މިސްކީނުންގެ ދަފު ތަރުގައި ރަޖިސްޓަރީކޮށްފައިވާ، އަންނަނިވި ށަރުތުތައް ހަމަވާ ފަރާތްތަކުގެ ތެރެއިންނެވެ.

(ހ) މި އުސޫލުގެ ދަށުން އެ އަހަރަކު ހައްޖަށް ގެންދާނެ މީހުން ހޮވުމުގެ ކުރިނ،ް އެންމެ ފަހުން މުދަލު ޒަކާތް ބަހައިފައިވާ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނިފައިވުން.

(ށ) ފަރުޒު ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތަކަށް ވުން.

(ނ) އެ އަހަރަކަށް އިއުލާނުކުރާ އުމުރުފުރާއަށް ފެތޭ ފަރާތަކަށް ވުން.

(ރ) ހައްޖުގެ އަޅުކަން އަދާކުރެވޭފަދަ ސިއްހީ ހާލަތެއްގައި ހުރި ފަރާތަކަށް ވުން.

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތައް ހޮވުމާ ހަމަޔަށް މީލާދީގޮތުން އުމުރުން 69 (ފަސްދޮޅަސް ނުވައެއް) އަހަރު ފުރިފައި ނުވާ ފަރާތަކަށް ވުން.

 

4 ވަނަ މާއްދާ - ފުރުސަތު ދެވޭނެ އަދަދު

(ހ) މި އުސޫލުގެ ދަށުން ކޮންމެ އަހަރަކު ދައުލަތުގެ ފަރާތުން ހިލޭ ފަރުޒު ހައްޖަށް ގެންދާނެ ފަރާތްތަކުގެ އަދަދު ކަނޑައަޅާނީ، ރައީސުލްޖުމްހޫރިއްޔާގެ ލަފާގެ މަތީނ،ް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރެވެ.

(ށ) މި އުސޫލުގެ ދަށުން ކޮންމެ ފަރާތަކަށް ވެސް ހައްޖަށް ދިއުމަށް ޓަކައި ދެވޭނީ، 1 (އެކެއް) ޖާގައެވެ.

 

5 ވަނަ މާއްދާ - މީހުން ހޮވާނެ ގޮތް ކަނޑައެޅުން 

(ހ) މި އުސޫލުގެ ދަށުން ހައްޖަށް ގެންދާ މީހުން ހޮވުމުގެ ކަންތައްތައް ކުރިޔަށްގެންދާނީ، ވުޒާރާގެ ހައްޖު އެންޑް އުމްރާ ކަންކަމުގައި ލަފާދޭ ކޮމިޓީގެ ބެލުމުގެ ދަށުނ،ް ހައްޖާއި އުމްރާގެ ކަންކަން ބަލަހައްޓާ އިދާރީ ބައިންނެވެ.

(ށ) މި އުސޫލުގެ ދަށުން ހައްޖަށް ގެންދިއުމަށް ޓަކައި އެ އަހަރަކަށް ކަނޑައެޅިފައިވާ އުމުރުފުރާއަށް ފެތޭ ފަރާތްތައް ނަގާނީ، ފަގީރުންނާއި މިސްކީނުންގެ ދަފުތަރުންނެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ހޮވޭ ފަރާތްތަކުގެ ތެރެއިން އެ އަހަރަކަށް ގުރުއަތު ނަގާނެ މީހުންގެ ލިސްޓު ކަނޑައަޅާނީ، މި އުސޫލުގެ 3 ވަނަ މާއްދާގެ (ހ) އާއި، (ށ) އާއި، (ރ) ގައި ބަޔާންކޮށްފައިވާ ށަރު ތުތައް ހަމަވާ ފަރާތްތަކަށް ބަލައިގެންނެވެ.

(ރ) މި އުސޫލުގެ ދަށުން ހައްޖަށް ދިއުމުގެ ފުރުސަތު ލިބޭ ފަރާތްތައް ހޮވާނީ، މި މާއްދާގެ (ނ) ގެ ދަށުން ށަރުތު ހަމަވާކަމަށް ކަނޑައަޅާ ފަރާތްތަކުގެ މެދުގައި އާންމުކޮށް ހުޅުވައިލައިގެން ބާއްވާ ގުރުއަތުލުމަކުންނެވެ.

(ބ) ގުރުއަތުން ހޮވޭ ފަރާތަކުން އެއްވެސް ސަބަބަކާހުރެ ހައްޖަށް ދިއުމަށް އުޒުރުވެރިވެއްޖެނަމަ، އެ އަހަރަކަށް ހައްޖަށް ގެންދިއުމަށް ކަނޑައަޅައިފައިވާ އަދަދު ހަމަކުރާނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުނ،ް ފުރަތަމަ އަހަރު 10 (ދިހައެއް) މީހުނ،ް އެއަށްފަހު ދެން ކޮންމެ އަހަރަކު 25 )ފަންސަވީސް( މީހުންގެ އިތުރު ލިސްޓެއް ގުރުއަތުން ހޮވޭނެއެވެ. އަދި އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ލިސްޓުގައި ތިބޭ މީހުންނަށް ތަރުތީބުން ޖާގަދެމުން ގެންދާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގެ ދަށުން ހޮވާ ފަރާތްތަކުގެ ލިސްޓަކީ، ހަމައެކަނި އެ އަހަރަކަށް އެކުލަވައިލެވޭ ލިސްޓެކެވެ. އަދި ގުރުއަތުން ހޮވޭ ފަރާތުގެ ޖާގަ އަމިއްލައަށް އެހެން ފަރާތަކަށް ބަދަލެއް ނުކުރެވޭނެއެވެ.

 

6 ވަނަ މާއްދާ - ހައްޖަށް ނުދެވޭފަދަ ހާލަތެއް މެދުވެރިވުން 

(ހ) މި އުސޫލުގެ ދަށުން ފަރުޒު ހައްޖަށް ދިއުމަށް ހޮވޭ ފަރާތަކަށ،ް އެއްވެސް ސަބަބަކާހުރެ ހައްޖަށް ނުދެވޭފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެކަމުގައި އަމަލުކުރާނެ ގޮތް ނިންމާނީ، މި އުސޫލުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮމިޓީންނެވެ.

(ށ) މި އުސޫލު އާންމުކުރާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، މި މާއްދާގެ (ހ) ގެ ދަށުން އަމަލުކުރާނެގޮތުގެ މިންގަނޑެއް ކޮމިޓީން އެކުލަވައިލައި ފާސްކުރަންވާނެއެވެ.

 

7 ވަނަ މާއްދާ - ހަރަދު ހަމަޖެއްސުން

މި އުސޫލުގެ ދަށުން ހައްޖަށް ދިއުމަށް ފުރުސަތު ލިބޭ ފަރާތްތައް ފޮނުވުމަށް ޓަކައި ހިނގާ ހަރަދު ހަމަޖައްސާނީ، ދައުލަތުގެ ބަޖެޓުން ނުވަތަ ޒަކާތު ފަންޑުން ނުވަތަ ހެޔޮއެދޭ ފަރާތްތަކުން ފޯރުކޮށްދޭ މާލީ އެހީތެރިކަމުގެ ދަށުންނެވެ.

 

8 ވަނަ މާއްދާ - މާލީ އެހީތެރިކަމަށް ހުޅުވައިލުން

(ހ) މި އުސޫލުގެ ދަށުން ހިލޭ ފަރުޒު ހައްޖަށް މީހުން ގެންދަނ،ް މާލީ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށ،ް އެ ފުރުސަތު ވުޒާރާއިން ތަނަވަސްކޮށްދޭންވާނެއެވެ. އަދި މިފަދައިން މާލީ އެހީގެ ގޮތުގައި ދޭ ފައިސާ ޖަމާކުރާނީ، ވުޒާރާގެ ކަމާ ގުޅުންހުރި ފަންޑަކަށެވެ.

(ށ) ހެޔޮ އެދޭ ފަރާތްތަކުން މާލީ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާނަމަ، މި އުސޫލުގެ ދަށުން ފަރުޒު ހައްޖަށް ގެންދާ ފަރާތްތަކަށް ހިނގާނެ ހަރަދުގެ އަންދާސީ ހިސާބުގެ މައުލޫމާތު ވުޒާރާއިން ފޯރުކޮށްދޭންވާނެއެވެ.

(ނ) މި އުސޫލުގެ ދަށުން ހެޔޮއެދޭ ފަރާތްތަކުން ދޭ މާލީ އެހީއަކީ، ވަކި ފަރާތެއް ހައްޖަށް ގެންދިއުމަށް ހާއްސަކޮށްގެން ދޭ އެހީއަކަށް ވެގެން ނުވާނެއެވެ.

 

9 ވަނަ މާއްދާ - ހައްޖަށް ގެންދިއުމުގެ އިންތިޒާމު ހަމަޖެއްސުން 

(ހ) މި އުސޫލުގެ ދަށުން ހައްޖަށް ގެންދާ މީހުންނަށް ކޯޓާ ހަމަޖައްސާނީ، ވުޒާރާގެ ބޭނުމަށް ރިޒާވްކުރާ ހައްޖު ކޯޓާގެ ތެރެއިންނެވެ.

(ށ) މި އުސޫލުގެ ދަށުން ހައްޖަށް މީހުން ގެންދިއުމުގެ ކަންކަން ހަމަޖައްސާނީ، މޯލްޑިވްސް ހައްޖު ކޯޕަރޭށަން ލިމިޓެޑް މެދުވެރިކޮށެވެ.

(ނ) މި އުސޫލުގެ ދަށުން ހައްޖަށް ގެންދާ ފަރާތްތަކަށް ހަމަޖައްސައިދެވޭނެ ހަރަދުތައ،ް ތިރީގައި މިވަނީއެވެ.

  1. އަތޮޅުތެރޭގައި ދިރިއުޅޭ ފަރާތެއްނަމަ، ހައްޖަށް ދިއުމަށް ޓަކައި ރަށުން މާލެ އައުމަށާއި، ދަތުރު ނިންމައިފައި މާލެއިން ރަށަށް ދިއުމަށް ހިނގާނެ ހަރަދު؛
  2. ހައްޖުގެ އަޅުކަމުގެ ތެރޭގައި ހާއްސަ ސިއްހީ ހާލަތެއް މެދުވެރިވެއްޖެނަމަ، އެކަމަށް ހިނގާ ހަރަދު؛
  3. ހައްޖު ކޯޕަރޭށަނުން އާންމުކޮށް ހައްޖުވެރިންނަށް ފޯރުކޮށްދޭ އެންމެހައި ހިދުމަތްތައް.

 

10 ވަނަ މާއްދާ - ރިޕޯޓު އާންމުކުރުން

(ހ) މި އުސޫލުގެ ދަށުން ކޮންމެ އަހަރެއްގެ ހައްޖު ދަތުރަށްފަހ،ު އެ ދަތުރެއްގައި ގެންދިޔަ މީހުންގެ އަދަދާއި، އެ ދަތުރަކަށް ހަރަދުވީ މިންވަރު ހިމެނޭހެން ތަފުސީލީ ރިޕޯޓެއް އާއްމުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮ ށްފައިވާ ރިޕޯޓ،ު ހައްޖުގެ އަޅުކަން ނިމޭތާ 2 (ދޭއް) މަސްދުވަހުގެ ތެރޭގައި، ވުޒާރާއިން އާންމުކުރަންވާނެއެވެ.

 

11 ވަނަ މާއްދާ - ހައްޖުވެރިން އަމަލުކުރަންޖެހޭ ކަންކަން

މި އުސޫލުގެ ދަށުން ހައްޖަށް ގެންދާ އެންމެހައި ފަރާތްތަކުނ،ް އަންނަނިވި ކަންކަމަށް ފުރިހަމައަށް އަމަލުކުރަންވާނެއެވެ. 

(ހ) މި އުސޫލުގެ ދަށުން ހައްޖަށް ދިއުމުގެ ފުރުސަތު ލިބޭ ފަރާތްތަކުނ،ް ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިއުމާ ބެހޭގޮތުން ވުޒާރާއިން އާންމުކުރާ އުސޫލުތަކުގައި ބަޔާންކޮށްފައިވާ ކަންކަމަށް އަމަލުކުރަންވާނެއެވެ.

(ށ) ހައްޖުވެރިން އަމަލުކުރުމަށް ހައްޖު ކޯޕަރޭށަނުން ކަނޑައަޅައިފައިވާ އެންމެހައި ގަވާއިދުތަކާއި އުސޫލުތަކާއި އިރުށާދުތަކަށް ފުރިހަމައަށް އަމަލުކުރަންވާނެއެވެ.

(ނ) ދިވެހިރާއްޖެއާއި ސައޫދީއަރަބިއްޔާގެ އެންމެހައި ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.

 

12 ވަނަ މާއްދާ - އުސޫލުގައި ނެތްކަމެއް ދިމާވުން

މި އުސޫލުގައި ނެތްކަމެއް މެދުވެރިވެއްޖެނަމަ އެކަމާމެދު ގޮތެއް ނިންމާނީ ވުޒާރާއިންނެވެ.

 

13 ވަނަ މާއްދާ - މާނަކުރުން

(ހ) "ވަޒީރު" ކަމަށް ބުނެފައި އެވަނީ، ހައްޖާއި އުމްރާ އާއި ޒަކާތާބެހޭ ކަންކަން ހިމެނިގެންވާ ގޮތަށ،ް ދިވެހިރާއްޖޭގެ އިސްލާމީ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓެމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަ ވާލުކޮށްފައިވާ ސަރުކާރުގެ ވަޒީރަށެވެ.

(ށ) "ވުޒާރާ" ކަމަށް ބުނެފައި އެވަނީ، ހައްޖާއި އުމްރާ އާއި ޒަކާތާބެހޭ ކަންކަން ހިމެނިގެންވާ ގޮތަށ،ް ދިވެހިރާއްޖޭގެ އިސްލާމީ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުމުގެ ޒިންމާ އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ނ) "ހައްޖު އެންޑް އުމްރާ ކަންކަމުގައި ލަފާދޭ ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، ހައްޖާއި އުމްރާގެ ކަންކަމުގައި ލަފާދިނުމަށް ޓަކައި، އެ އިރެއްގައި ވަޒީރު އެކުލަވައިލައިފައިވާ ކޮމިޓީއަށެވެ.

(ރ) "ހައްޖު ކޯޕަރޭށަން ނުވަތަ މޯލްޑިވްސް ހައްޖު ކޯޕަރޭށަން ލިމިޓެޑް" ކަމަށް ބުނެފައި އެވަނީ، ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަންބަރު 2013-05 (މޯލްޑިވްސް ހައްޖު ކޯޕަރޭށަން ލިމިޓެޑް އުފެއްދުމާބެހޭ ރައީސުލްޖުމްހޫރިއްޔާގެ ގަރާރު) އިން އުފައްދައިފައިވާ މޯލްޑިވްސް ހައްޖު ކޯޕަރޭށަން ލިމިޓެޑަށެވެ.

(ބ) "ދަފުތަރު" ކަމަށް ބުނެފައި އެވަނީ، ވުޒާރާއިން އެކުލަވައިލާ ފަގީރުންނާއި މިސްކީނުންގެ ދަފުތަރަށެވެ.

(ޅ) "އަހަރު" ކަމަށް ބުނެފައި އެވަނީ، މީލާދީ އަހަރަށެވެ.

(ކ) "ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލުތައް" ކަމަށް ބުނެފައި އެވަނީ، އެ އިރަކު ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިއުމާބެހޭ ގޮތުން ވުޒާރާއިން އާންމުކުރާ އުސޫލުތަކަށެވެ.

 

14 ވަނަ މާއްދާ - އުސޫލަށް އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު/ގަވާއިދު

(ނެތް)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު