ޖެންޑަރ އިކުއަލިޓީ ގެ ގާނޫނު ގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ށަކުވާ ހުށަހެޅުމުގެ ނިޒާމާ ގުޅޭ އުސޫލު
(އުސޫލު ނަންބަރު 2024-06)
(މި އުސޫލަށް އަމަލުކުރަން ފެށީ 5 ފެބުރުއަރީ 2024 ގައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި އުސޫލަކީ، ގާނޫނު ނަންބަރު 2016-18 (ޖެންޑަރ އިކުއަލިޓީގެ ގާނޫނު) ގެ 29 ވަނަ މާއްދާގެ މަގުސަދަށް ޓަކައި އެ ގާނޫނުގެ 20 ވަނަ މާއްދާގެ (ކ) ގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ށަކުވާ ހުށަހެޅޭނެ ނިޒާމެއް ގާއިމުރުމަށާއި، އެ ނިޒާމާ ގުޅޭ އިޖުރާތުތައް ކަނޑައެޅުމަށް ޓަކައި އެކުލަވައިލައިފައިވާ އުސޫލެކެވެ.
(ށ) މި އުސޫލަށް ކިޔާނީ، "ޖެންޑަރ އިކުއަލިޓީގެ ގާނޫނުގެ ދަށުނ،ް ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ށަކުވާ ހުށަހެޅުމުގެ ނިޒާމާ ގުޅޭ އުސޫލު" އެވެ.
2 ވަނަ މާއްދާ - މަގު ސަދު
މި އުސޫލު އެކުލަވައިލުމުގެ ބޭނުމަކީ، ތިރީގައި ބަޔާންކޮށްފައިވާ މަގުސަދުތައް ހާސިލުކުރުމެވެ.
(ހ) ޖެންޑަރ އިކުއަލިޓީގެ ގާނޫނުގެ 29 ވަނަ މާއްދާގެ މަގުސަދަށް ޓަކައި އެ ގާނޫނުގެ 20 ވަނަ މާއްދާގެ (ކ) ގެ ދަށުން ށަކުވާ ހުށަހެޅޭނެ ނިޒާމެއް ގާއިމުކުރުން؛
(ށ) ޖެންޑަރ އިކުއަލިޓީގެ ގާނޫނުގެ 20 ވަނަ މާއްދާގެ ދަށުން ގާއިމުކުރާ ނިޒާމުގެ ތެރެއިން މައްސަލަ ބެލުމަށް ޓަކައި، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުގައި ކޮމިޓީއެއް އެކުލަވައިލުން؛
(ނ) ޖެންޑަރ އިކުއަލިޓީގެ ގާނޫނުގެ ގާނޫނުގެ ދަށުން މަނާކުރާފަދަ ތަފާތުކުރުމެއް ރައްދުވާ ފަރާތްތަކަށް އެފަދަ ށަކުވާ ހުށަހެޅޭނެ ގޮތާއި، އެ ށަކުވާއެއް ހުށަހެޅުމުގައި އަމަލުކުރާނެ އެކަށީގެންވާ ހަރުދަނާ ގޮތްތައް ކަނޑައެޅުން.
(ރ) ޖެންޑަރ އިކުއަލިޓީގެ ގާނޫނުގެ ދަށުން މަނާކުރާ ފަދަ ތަފާތުކުރުމެއް ރައްދުވާ ފަރާތްތަކުން ހުށަހަޅާ ށަކުވާތައް، ވީހައިވެސް ހާމަކަން ބޮޑު، މިނިވަން މާހައުލެއްގައި ބަލައި، އެ މައްސަލައެއްގައި އިދާރީގޮތުން ފިޔަވަޅެއް އަޅަންޖެހޭ ހާލަތުގައި ހަމަހަމަކަމާއިއިންސާފުވެރިކަމާއެކު ފިޔަވަޅުތައް އެޅުމުގެ އިޖުރާތުތައް ގާއިމުކުރުން.
3 ވަނަ މާއްދާ - އުސޫލު ހިނގާނެ ފަރާތްތައް
މި އުސޫލު ހިނގާނީ، ށަރުއީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި، ށަރުއީ ދާއިރާގެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކަށާއި، ށަރުއީ ދާއިރާއިން ހިދުމަތް ހޯދާ ފަރާތްތަކަށާއި ނުވަތަ ހިދުމަތަށް އެދި ހުށަހަޅާ ފަރާތްތަކުގެ މައްޗަށެވެ.
4 ވަނަ މާއްދާ - ހުށަހެޅޭނެ ށަކުވާތައް
ޖެންޑަރ އިކުއަލިޓީގެ ގާނޫނުގެ ގާނޫނުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅިގެނ،ް މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް މި އުސޫލުގެ ދަށުނ،ް ތިރީގައި ބަޔާންކޮށްފައިވާ ބާވަތުގެ ށަކުވާ ހުށަހެޅިދާނެއެވެ.
(ހ) ވަޒީފާ ދިނުމުގައްޔާއި، ވަޒީފާގައި ހުންނައިރު ދޭ ތަމްރީނުތައް ދިނުމުގައްޔާއި، ވަޒީފާގެ ކުރިއެރުން ދިނުމުގައި، އަންހެނުންނަށާއި ފިރިހެނުންނަށް ހަމަހަމަ ފުރުސަތު ނުދިނުން.
(ށ) އެއް ތަނެއްގައި، އެއް މަސައްކަތެއް ކުރ،ާ އެއް ރޭންކެއްގެ އަންހެނުންނަށާއި ފިރިހެނުންނަށް ހަމަހަމަ އުޖޫރަ ނުދިނުން.
(ނ) އެއް ތަނެއްގައި ވަޒީފާ އަދާކުރުމުގައި، އަންހެނަކާއި ފިރިހެނަކު ކުރާ މަސައްކަތަކީ، މަސައްކަތުގެ އަގަށާއި، ކުރާ މަސައްކަތަށް ބަލާއިރު، އެކަށީގެންވާ މިންވަރަކަށް އެއްގޮތް މަސައްކަތެއްނަމަ، މުސާރައާއި، އިތުރުގަޑީގެ ފައިސާއާއި، އިނާޔަތާއި އެލަވަންސް ދިނުމުގައި އެ ދެފަރާތުގެ ދެމެދުގައި ހަމަހަމަ އުސޫލުން އަމަލު ނުކުރުން.
(ރ) ވަޒީފާގައި ކުރަންޖެހޭ މަސައްކަތަކީ، ވަކި ޖިންސެއްގެ މީހަކު ލައްވައި ކުރުވުން ކޮންމެހެން ލާޒިމުކުރާ މަސައްކަތް ފިޔަވައި، އެހެން މަސައްކަތް ކުރުމަށް މުވައްޒަފުން ހޯދުމަށް އިއުލާނުކޮށް އިސްތިހާރުކުރާއިރުހަމައެކަނި ވަކި ޖިންސަކަށް ހާއްސަކޮށްގެން ވަޒީފާއެއްގެ ފުރުސަތު ހުޅުވުން.
(ބ) ވަކި ޖިންސެއްގެ މީހުން މަދުން ކުރިމަތިލާ ދާއިރާތަކުގެ ވަޒީފާތަކަށް ފުރުސަތު ހުޅުވައިލާއިރު، ވަޒީފާއަށް ކުރިމަތިލުމަށް ދެޖިންސުގެ މީހުންނަށް ވެސް ދައުވަތުދޭފަދަ ގޮތަކަށް ވަޒީފާގެ އިއުލާނުތަކާއި އިސްތިހާރުތައް ކޮށްފައި ނުވުން.
(ޅ) އަންހެނުންނަށް މަސައްކަތަށް ނުކުތުމަށް ހުރި ހުރަސްތައް ނައްތައިލުމަށާއި،އަންހެނުންނަށް މަސައްކަތްކުރަން ފަހި މާހައުލެއް ގާއިމްކޮށްދިނުމަށް ޓަކައި އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅަ އިފައި ނުވުން.
(ކ) ޖެންޑަރ އިކުއަލިޓީގެ ގާނޫނުގެ 7 ވަނަ މާއްދާއަށް ރިއާޔަތްކޮށ،ް ޖެންޑަރއަށް ބަލައިގެން އެއްވެސް މީހަކާމެދު ސީދާގޮތުން ނުވަތަ ނުސީދާގޮތުން ތަފާތުކުރުން.
(އ) ޖެންޑަރ އިކުއަލިޓީގެ ގާނޫނުގެ 8 ވަނަ މާއްދާއަށް ރިއާޔަތްކޮށ،ް ހަމަހަމަކަން ގެއްލިފައިވާ ނިޒާމެއްގެ ސަބަބުން ކުރިމަތިވާ ނިޒާމީ ތަފާތުކުރުން.
(ވ) ޖެންޑަރ އިކުއަލިޓީގެ ގާނޫނުގެ 9 ވަނަ މާއްދާއަށް ރިއާޔަތްކޮށ،ް ވަކި ކަންކަމުގެ މައްޗަށް ބިނާކޮށް ތަފާތުކުރުން.
5 ވަނަ މާއްދާ - ށަކުވާ ހުށަހަޅާނެ ގޮތް
(ހ) މި އުސޫލުގެ ދަށުން ށަކުވާ ހުށަހަޅަންވާނީ، މި އުސޫލުގެ ޖަދުވަލު 1 ގައިވ،ާ "ޖެންޑަރ އިކުއަލިޓީގެ ގާނޫނުގެ ދަށުން ށަކުވާ ހުށަހަޅާ ފޯމު" އިންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅާނީ، "ސިއްރު" ޖަހައިފައިވާ ސިޓީއުރަޔަކަށް ލައި ބަންދުކުރުމަށްފަހ،ު "ޖެންޑަރ އިކުއަލިޓީގެ ގާނޫނުގެ ދަށުން ހުށަހަޅާ ށަކުވާ ބަލާ ކޮމިޓީ" އަށް އެޑްރެސްކޮށ،ް ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުގެ ކައުންޓަރަށެވެ. އަދ،ި އީމޭލުގެ ޒަރީއާއިން ހުށަހަޅާނަމަ، [email protected] އަށެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަކުވާ ހުށަހަޅާ ފޯމުގައި ހުށަހަޅާ ށަކުވާގެ މައުލޫމާތު ވީހާވެސް ތަފުސީލުކޮށް ހިމަނަންވާނެއެވެ. އަދި ހުށަހަޅާ މައްސަލައާ ގުޅޭ އެއްވެސް ލިޔެކިޔުމެއްވާނަމަ، އެ ލިއުމެއްގެ ކޮޕީ ހުށަހަޅަންވާނެއެވެ.
(ރ) ށަކުވާ ހުށަހަޅާ ފޯމުގެ އެއްވެސް ބައެއް ފުރިހަމަނުވާނަމަ، އެފަދަ ފޯމުތައް ބާޠިލުކޮށ،ް ބާޠިލުކުރި ސަބަބ،ު ށަކުވާ ހުށަހެޅި ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގެ ދަށުން ބާޠިލުކުރި ފޯމުތައް، އެ ފޯމުތަކުގެ މައުލޫމާތު ފުރިހަމަކުރުމަށްފަހު އަލުން ހުށަހެޅުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.
6 ވަނަ މާއްދާ - ށަކުވާ ފޯމު ބަލައިގަތުމަށްފަހު އެންގުން
މި އުސޫލުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހަޅާ ށަކުވާ ފޯމު ލިބޭތ،ާ ރަސްމީ ބަންދު ނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި، ފޯމު ލިބުނުކަން، ފޯމު ހުށަހެޅި ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.
7 ވަނަ މާއްދާ - ށަކުވާ ބަލާ ކޮމިޓީ
(ހ) މި އުސޫލުގެ ދަށުން ހުށަހަޅާ ށަކުވާތައް ބެލުމަށް ޓަކައި، "ޖެންޑަރ އިކުއަލިޓީގެ ގާނޫނުގެ ދަށުން ހުށަހަޅާ ށަކުވާ ބަލާ ކޮމިޓީ" ގެ ނަމުގައި 5 (ފަހެއް) މެންބަރުންގެ ކޮމިޓީއެއް، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުގައި އެކުލަވައިލަންވާނެއެވެ.
(ށ) ޖެންޑަރ އިކުއަލިޓީގެ ގާނޫނުގެ ދަށުން ހުށަހަޅާ ށަކުވާ ބަލާ ކޮމިޓީ އެކުލަވައިލަންވާނީ، ޑިޕާޓްމަންޓުގެ މުވައްޒަފުންގެ ތެރެއިން ދެ ޖިންސަށް ނިސްބަތްވާމުވައްޒަފުންނާއި ކަމާގުޅުންހުރި ފަންނީ މުވައްޒަފުން ހިމެނޭ ގޮތަށެވެ.
(ނ) ޖެންޑަރ އިކުއަލިޓީގެ ގާނޫނުގެ ދަށުން ހުށަހަޅާ ށަކުވާ ބަލާ ކޮމިޓީ އަށް މެންބަރުން އައްޔަނު ކުރުމާއި ވަކިކުރުމުގެ އިހްތިޔާރާއި ބާރު ލިބިގެންވަނީ ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރ އަށެވެ.
(ރ) ޖެންޑަރ އިކުއަލިޓީގެ ގާނޫނުގެ ދަށުން ހުށަހަޅާ ށަކުވާ ބަލާ ކޮމިޓީގެ މެންބަރަކު އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރއަށް އެކަން ލިޔުމަކުން ހުށަހަޅައި، ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރ އެ ފަރާތެއް މެންބަރުކަމުން ވަކިކުރެވިއްޖެކަން އެންގުމުނ،ް އެ މެންބަރަކު ކޮމިޓީން ވަކިވީއެވެ.
(ބ) ޖެންޑަރ އިކުއަލިޓީގެ ގާނޫނުގެ ދަށުން ހުށަހަޅާ ށަކުވާ ބަލާ ކޮމިޓީގެ އިދާރީ ކަންތައްތައް ރާވައި ހިންގައި ބަލަހައް ޓާނީ، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުގެ ޕޮލިސީ ޕްލޭނިންގ ސެކްށަނުންނެވެ.
8 ވަނަ މާއްދާ - ށަކުވާ ބެލުމުގައި އަމަލުކުރާނެ އު ސޫލު
ކޮމިޓީއަށް ހުށަހެޅޭ ށަކުވާތައް ބެލުމުގައި ޖެންޑަރ އިކުއަލިޓީގެ ގާނޫނުގެ ދަށުން ހުށަހަޅާ ށަކުވާ ބަލާ ކޮމިޓީން އަމަލުކުރާނީ އަންނަނިވި ގޮތުގެ މަތީންނެވެ.
(ހ) މައްސަލައެއް ހުށަހަޅާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، މައްސަލަ ބަލައި، އެ މައްސަލައާ ގުޅޭގޮތުން ނިންމި ގޮތް، މައްސަލަ ހުށަހެޅި ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.
(ށ) ހުށަހެޅިފައިވާ މައްސަލައެއް ބެލުމުގައި، އެ ށަކުވާއެއް ހުށަހެޅި ފަރާތުން ހުށަހަޅައިފައިވާ ލިޔެކިޔުންތަކުގެ އިތުރުނ،ް އެއްވެސް ފަރާތެއް ހާޒިރުކޮށް ސުވާލުކުރަންޖެހޭނަމަ، އެ ފަރާތެއް ހާޒިރުކޮށް ސުވާލުކުރުމުގެ ބާރު ޖެންޑަރ އިކުއަލިޓީގެ ގާނޫނުގެ ދަށުން ހުށަހަޅާ ށަކުވާ ބަލާ ކޮމިޓީއަށް ލިބިގެންވެއެވެ. އަދި އެއްވެސް ލިޔެކިޔުމެއް އިތުރަށް ބޭނުންވާކަމަށް ޖެންޑަރ އިކުއަލިޓީގެ ގާނޫނުގެ ދަށުން ހުށަހަޅާ ށަކުވާ ބަލާ ކޮމިޓީއަށް ފެނި އްޖެނަމަ އެ ލިޔެކިޔުމެއް ހޯދުމަށް އެންގުމުގެ ބާރުވެސް ކޮމިޓީއަށް ލިބިގެންވެއެވެ.
(ނ) ކޮމިޓީގެ ކޯރަމަކީ، މަދުވެގެން 3 (ތިނެއް) މެންބަރުންނެވެ.
(ރ) ށަކުވާއެއް ހުށަހަޅައިފައިވާނަމަ، އެ ށަކުވާއެއް ބެލުމަށް ޓަކައި ޖެންޑަރ އިކުއަލިޓީގެ ގާނޫނުގެ ދަށުން ހުށަހަޅާ ށަކުވާ ބަލާ ކޮމިޓީގެ ބައްދަލުވުން ބާއްވައި، އެ ށަކުވާއެއް ބަލައި ނިންމަންވާނީ، ކޮމިޓީއަށް ހާޒިރުވި މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.
(ބ) ށަކުވާ ހުށަހަޅާ ފަރާތާއި އެ ށަކުވާއެއްގައި ހިމެނޭ އެހެނިހެން ފަރާތަކާ ދެމެދު މަސްލަހަތު ފުށުއަރާފަދަ ގުޅުމެއް އޮތް އެއްވެސް ފަރާތެއް، ޖެންޑަރ އިކުއަލިޓީގެ ގާނޫނުގެ ދަށުން ހުށަހަޅާ ށަކުވާ ބަލާ ކޮމިޓީގައި ހިމެނޭނަމަ، އެ ށަކުވާއެއް ބެލުމުން މެންބަރަކުއަމިއްލައަށް ތަނާޒުލުވާންވާނެއެވެ. ނުވަތަ އެފަދަ ހާލަތެއް މެދުވެރިވެފައިވާކަމަށް އެ ކޮމިޓީއަށް ފެނިއްޖެނަމަ، އެ މެންބަރަކު އެ ށަކުވާއެއް ބެލުމުގައްޔާއި، ށަކުވާއާމެދު ގޮތެއް ނިންމުމުގައި ބައިވެރިވެގެން ނުވާނެއެވެ. އަދި މިފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ބާކީ ތިބި މެންބަރުން ނާއެކު ކޮމިޓީގެ ކޯރަމް ހަމަވާގޮތަށް އެ ށަކުވާއާ ގުޅޭ މައްސަލަ ބެލުން ކުރިޔަށް ގެންދަންވާނެއެވެ.
(ޅ) ޖެންޑަރ އިކުއަލިޓީގެ ގާނޫނުގެ ދަށުން ހުށަހަޅާ ށަކުވާ ބަލާ ކޮމިޓީގެ އެންމެހައި ބައްދަލުވުންތަކުގެ ޔައުމިއްޔާ ތައްޔާރުކޮށް ޑިޕާޓްމަންޓުގެ ޕޮލިސީ ޕްލޭނިންގ ސެކްށަނުން ބަލަހައްޓަންވާނެއެވެ. އަދި މި ޔައުމިއްޔާތަކަކީ ސިއްރު ޔައުމިއްޔާތަކެއްކަމުގައި ވާންވާނެއެވެ.
9 ވަނަ މާއްދާ - ކަމާބެހޭ ވުޒާރާއަށް މައުލޫމާތު ފޯރުކޮށްދިނުން
ކޮންމެ އަހަރަކު ވެސް، އެ އަހަރެއްގެ ތެރޭގައި ޖެންޑަރ އިކުއަލިޓީގެ ގާނޫނުގެ ދަށުން ހުށަހަޅާ ށަކުވާ ބަލާ ކޮމިޓީއަށް ހުށަހެޅި ށަކުވާތަކާއި، ބަލައި ނިންމި މައްސަލަތަކުގެ ތަފާސްހިސާބު ހިމެނޭގޮތަށް ރިޕޯޓެއް އެކުލަވައިލައި، ފެށޭ އަހަރުގެ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހުގެ ކުރިން ،ކަމާ ބެހޭ ވުޒާރާއަށް ހުށަހަޅަންވާނެއެވެ.
10 ވަނަ މާއްދާ - ށަކުވާއެއް ހުށަހެޅުމާ ގުޅިގެން އަނިޔާގެ ށިކާރައަކަށް ހެދުން މަނާވުން
(ހ) ށަކުވާއެއް ހުށަހެޅުމާ ގުޅިގެން ށަކުވާ ހުށަހަޅާ ފަރާތް އަނިޔާގެ ށިކާރައަކަށްވާފަދަ އެއްވެސް އަމަލެއް ހިންގުމަކީ ޖެންޑަރ އިކުއަލިޓީގެ ގާނޫނުގެ 28 ވަނަ މާއްދާގެ ދަށުން މަނާ ކަމެއް ކަމުނ،ް އެފަދަ އަމަލެއް ހިންގައިފިކަން ސާބިތުވާ ފަރާތަކާމެދު ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ފިޔަވަޅު އަޅަންވާނެއެވެ.
(ށ) ށަކުވާއެއް ހުށަހެޅުމާ ގުޅިގެން އަނިޔާގެ ށިކާއަރަކަށްވީ މީހަކަށ،ް އެފަދަ އަމަލެއް ހިންގި ފަރާތެއްގެ މައްޗަށް ޖެންޑަރ އިކުއަލިޓީގެ ގާނޫނުގެ 31 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދައުވާކުރުމުގެ ހައްގު ލިބިގެންވެއެވެ.
11 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން
(ހ) ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުގެ ފަރާތުން ށަކުވާ ބަލައިގަތުމުގައްޔާއި، ށަކުވާ ތަހުގީގުކުރުމުގައި ބައިވެރިވާ އެންމެހައި މުވައްޒަފުންނާއި، ޖެންޑަރ އިކުއަލިޓީގެ ގާނޫނުގެ ދަށުން ހުށަހަޅާ ށަކުވާ ބަލާ ކޮމިޓީގެ މެންބަރުނ،ް އެ ށަކުވާއަކާ ގުޅޭ އެންމެހައި ކަންތައްތަކުގެ ސިއްރު ހިފަހައްޓަންވާނެއެވެ.
(ށ) ސިއްރު ހިފެހެއްޓުމުގެ މައްސަލައެއް ދިމާވެއްޖެނަމަ، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުގެ ހިއުމަން ރިސޯސް ސެކްށަނުން އެ ކަމެއް ބަލައި، އެ ކަމެއްގައި ށާމިލުވާ މުވައްޒަފާމެދު ނުވަތަ މުވައްޒަފުންނާމެދު އިސްލާހީ ފިޔަވަޅު އަޅަންވާނެއެވެ. އަދި ސިއްރު ހިފެހެއްޓުމުގެ މައްސަލަ ދިމާވީ ށަކުވާ ބަލާ ކޮމިޓީގެ މެންބަރެއްގެ ފަރާތުން ކަމުގައި ވާނަމަ، އެ މެންބަރަކު އެ ކޮމިޓީން ވަކިކުރަންވާނެއެވެ.
12 ވަނަ މާއްދާ - ށަކުވާއާ ގުޅިގެން ފިޔަވަޅު އެޅުން
(ހ) މި އުސޫލުގެ ދަށުން ހުށަހެޅޭ ށަކުވާއެއްގެ މައްސަލައެއް ބަލައި ނިންމިއިރު، އެއްވެސް ފަރާތަކުން އިހުމާލުވިކަން ނުވަތަ އަމަލެއް ހިންގިކަން ޖެންޑަރ އިކުއަލިޓީގެ ގާނޫނުގެ ދަށުން ހުށަހަޅާ ށަކުވާ ބަލާ ކޮމިޓީން ކުރި ތަހުގީގަށް ސާބިތުވެއްޖެނަމަ، އިހުމާލުވި ފަރާތަކާމެދު ނުވަތަ އެ އަމަލެއް ހިންގި ފަރާތަކާމެދު ފިޔަވަޅު އެޅުމަށ،ް ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުގެ ހިއުމަން ރިސޯސް ސެކްށަނުގެ އިސްވެރިޔާއަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ފިޔަވަޅު އަޅާނީ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އާއި، ށަރުއީ ދާއިރާގެ މުވައްޒަފުންގެ ވަޒީފާއާބެހޭ ކަންކަން ބަޔާންކޮށްފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ނ) މި އުސޫލުގެ ދަށުން ހުށަހެޅޭ ށަކުވާއެއް ބަލައި ނިންމުމުގައި، އެ މައްސަލައެއް ދިމާވީ، އޮފީހުގެ ކަންކަން ހަމަޖެހިފައި ހުރިގޮތުން ކަމަށް ޖެންޑަރ އިކުއަލިޓީގެ ގާނޫނުގެ ދަށުން ހުށަހަޅާ ށަކުވާ ބަލާ ކޮމިޓީއަށް ފާހަގަކުރެވޭނަމަ، އެ ކަންކަން އިސްލާހުކުރުމަށް ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރއަށް ހުށަހަޅަންވާނެއެވެ.
13 ވަނަ މާއްދާ - މައްސަލަ ބެލުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ހައްގު
(ހ) ޖެންޑަރ އިކުއަލިޓީގެ ގާނޫނުގެ ދަށުން ހުށަހަޅާ ށަކުވާ ބަލާ ކޮމިޓީން ނިންމާ ނިންމުމެއް، ށަކުވާ ހުށަހެޅި ފަރާތަށް ގަ ބޫލުނުކުރެވޭނަމަ، އެ ނިންމުމެއް ނިންމާ ތާރީހުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އެ މައްސަލަ ހުށަހެޅުމުގެ އިހްތިޔާރު، ށަކުވާ ހުށަހަޅާ ފަރާތަށް ލިބިގެންވެއެވެ.
(ށ) މި އުސޫލުގެ 8 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި ޖެންޑަރ އިކުއަލިޓީގެ ގާނޫނުގެ ދަށުން ހުށަހަޅާ ށަކުވާ ބަލާ ކޮމިޓީން ށަކުވާއާ ގުޅިގެން ގޮތެއް ނިންމައިފައި ނުވާނަމަ، އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުގެ އިހްތިޔާރު، ށަކުވާ ހުށަހަޅާ ފަރާތަށް ލިބިގެންވެއެވެ.
14 ވަނަ މާއްދާ - މި އުސޫލަށް އަމަލު ކުރަން ފެށުން
މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު