-

ކޯޓުތަކުގެ ށަރީއަތްތަކުގައި ދެކެވޭ ވާހަކަތައް މަހްޒަރުކުރާ ފަރާތްތަކުގެ ދަފުތަރާ ގުޅޭ އުސޫލު (އުސޫލު ނަންބަރު 2023-12) އަށް 1 ވަނަ އިސްލާހު ގެނައުމުގެ އިސްލާހު

(އުސޫލު ނަންބަރު 2023-35)

(މި އުސޫލަށް އަމަލުކުރަން ފެށީ 12 ނޮވެމްބަރު 2023 ގައި)

(މި އުސޫލުވަނީ އުސޫލު ނަންބަރު 2024-10 ގެ 1ވަނަ މާއްދާއިން އުވާލެވިފައި)

 

އުސޫލު ނަންބަރު 2023-12 (ކޯޓުތަކުގެ ށަރީއަތްތަކުގައި ދެކެވޭ ވާހަކަތައް މަހްޒަރުކުރާ ފަރާތްތަކުގެ ދަފުތަރާ ގުޅޭ އުސޫލު) އަށް 1 ވަނަ އިސްލާހު ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 4 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ދަފުތަރުގައި ރަޖިސްޓަރީވުމަށް އެދި ހުށަހެޅުން 4.

ދަފުތަރުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ، މި އުސޫލުގެ ޖަދުވަލު 1 ގައިވާ ފޯމުނ،ް ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށެވެ. ފޯމު ހުށަހަޅާއިރ،ު ފޯމާއެކު ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 8 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) ދަފުތަރުގައި ރަޖިސްޓަރީކުރެވޭ ފަރާތްތަކުގެ އިގުރާރު

ދަފުތަރުގައި ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މި އުސޫލުގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށް ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން އެކަން އަންގަންވާނެއެވެ.

(ށ) ކޯޓުތަކުގެ ށަރީއަތްތަކުގައި ދެކެވޭ ވާހަކަތައް މަހްޒަރުކުރާ ފަރާތްތަކުގެ ދަފުތަރުގައި ރަޖިސްޓަރީ ކުރެވޭނީ، މި އުސޫލުގެ ޖަދުވަލު 4 ގައިވާ އިގުރާރުގައި ސޮއިކުރުމުންނެވެ.

(ނ) ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތަކުނ،ް ށަރީއަތްތަކުގައި ދެކެވޭވާހަކަތައް މަހްޒަރުކުރާ ފަރާތްތަކުގެ ދަފުތަރުގައި ރަޖިސްޓަރީވާމީހުންގެ އިގްރާރާ ހިލާފުވެއްޖެނަމ،ަ އެކަމުގެ ކުޑަބޮޑުމިނަށް ރިއާޔަތްކޮށް ގާނޫނީގޮތުން ފިޔަވަޅު އެޅުމަށް ހުށަހެޅުމުގެ އިހް ތިޔާރު ޑިޕާޓްމަންޓު އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ލިބިގެންވެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 9 ވަނަ މާއްދާގެ (ކ) އާއި (އ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ދަފުތަރުގައި ރަޖިސްޓަރީކުރެވޭ ފަރާތްތަކުގެ ޒިންމާ 9.

(ކ) ހަވާލުކޮށްފައިވާ މަސައްކަތާ ގުޅޭ ލިޔުންތައް ނޫން އެހެން އެއްވެސް ލިޔުމެއް ބަލައި ނެހެދުމާއ،ި އެފަދަ އެއްވެސް ލިޔުމަކަށް އެކްސެސް ނުވުމާއ،ި މޮޑިފައި ނުކުރުމާއ،ި ޑިލީޓް ނުކުރުން.

(އ) ލިޔުމަށް ހަވާލުކުރެވޭ އެއްވެސް ރިކޯޑިންގއެއް އެއްވެސް ހާލަތެއްގައި އަމިއްލަ ޑިވައިސްއަކަށް ނުވަތަ އެހެން މީހެއްގެ ޑިވައިސްއަކަށް ނުވަތަ ކްލައުޑް ސްޓޯރޭޖަކަށް ނުވަތަ އީމެއިލަށް ނުވަތަ މައުލޫމާތު ރައްކައުކުރެވޭ އެނޫން އެހެން ވަސީލަތެއް ބޭނުންކޮށްގެން ވެސް ނުނެގުން. 

 

4 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 10 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ދަފުތަރުން ވަކިކުރެވިދާނެ ހާލަތްތައް 10.

(ށ) ބަޔާންތަކުގެ ފެންވަރު އެކަށީގެންވާ ވަރަށްވުރެ ދަށްކަމަށް ފާހަގަކޮށް ތަފުސީލާއެކު ކޯޓުތަކުން ޑިޕާޓްމަންޓަށް ލިޔުމުން ށަކުވާ ހުށަހެޅުމުންއެކަން ބެލުމަށްފަހު ބަޔާންތަކުގެ ފެންވަރު އެކަށީގެންވާ ވަރަށްވުރެ ދަށްކަމަށް ފެންނަ ނަމ،ަ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން އެ ފަރާތެއް ވަކިކުރެވިދާނެއެވެ. 

 

5 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 11 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ދަފުތަރުން ވަކިވާން އެދުން 11.

ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތަކުން ދަފުތަރުން ވަކިވާން ބޭނުންވާނަމަ، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް އެކަން ލިޔުމުން ހުށަހަޅަންވާނެއެވެ. އަދި އެ ހުށަހެޅުމާ އެއްގޮތަށް ދަފުތަރުން ވަކިކުރެވިފައިވާކަންއެ ފަރާތަކަށް ލިޔުމުން އަންގަންވާނެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ ޖަދުވަލު 1 އިސްލާހުކުރުން.

 

7 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ ޖަދުވަލު 4 އިސްލާހުކުރުން.

 

8 ވަނަ މާއްދާ - މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވ.

 

އުވި އުސޫލު

ކޯޓުތަކުގެ ށަރީއަތްތަކުގައި ދެކެވޭ ވާހަކަތައް މަހްޒަރުކުރާ ފަރާތްތަކުގެ ދަފުތަރާ ގުޅޭ އުސޫލު (އުސޫލު ނަންބަރު 2023-12) އުވައިލުމުގެ އުސޫލު (އުސޫލު ނަންބަރު 2024-10)

 

މައި އުސޫލު

ކޯޓުތަކުގެ ށަރީއަތްތަކުގައި ދެކެވޭ ވާހަކަތައް މަހްޒަރުކުރާ ފަރާތްތަކުގެ ދަފުތަރާ ގުޅޭ އުސޫލު (އުސޫލު ނަންބަރު 2023-12)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު