-

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ އުސޫލަށް 1 ވަނަ އިސްލާހު ގެނައުމުގެ އުސޫލު

(އުސޫލު ނަންބަރު 2023-14)

(މި އުސޫލަށް އަމަލުކުރަން ފެށީ 26 އެޕްރީލް 2023 ގައި)

 

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ އުސޫލަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 14 ވަނަ މާއްދާގެ (ށ) އާއި (ނ) އަންނަނިވި ފަދައިން އިސްލާހު ކުރުން.

މެންބަރުންގެ ހާޒިރީ 14.

(ށ) ރަމަޒާންމަސް ފިޔަވައި އެހެން މަސްމަހު، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ފުލްޓައިމް މެންބަރުން ރަސްމީ ދުވަސްތަކުގައި އޮފީހަށް ހާޒިރުވުމުގައި ގަޑިޖެހޭނީ،ހެނދުނު 30:8 ގައެވެ. ރަސްމީ ގަޑި ނިމޭނީ، މެންދުރުފަހު 00:2 ގައެވެ. އަދި ރަމަޒާންމަހު ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ފުލްޓައިމް މެންބަރުން ރަސްމީ ދުވަސްތަކުގައި އޮފީހަށް ހާޒިރުވުމުގައި ގަޑިޖެހޭނީ، ހެނދުނު 30:9 ގައެވެ. ރަސްމީ ގަޑި ނިމޭނީ، މެންދުރުފަހު 00:1 ގައެވެ.

(ނ) ރަމަޒާންމަސް ފިޔަވައި އެހެން މަސްމަހު، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ޕާޓްޓައިމް މެންބަރުން ރަސްމީ ދުވަސްތަކުގައި އޮފީހަށް ހާޒިރުވުމުގައި ގަޑިޖެހޭނީ،ހެނދުނު 00:11 ގައެވެ. ރަސްމީ ގަޑި ނިމޭނީ، މެންދުރުފަހު 00:2 ގައެވެ.އަދި ރަމަޒާންމަހު ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ޕާޓްޓައިމް މެންބަރުން ރަސްމީ ދުވަސްތަކުގައި އޮފީހަށް ހާޒިރުވުމުގައި ގަޑިޖެހޭނީ، ހެނދުނު 11:00 ގައެވެ. ރަސްމީ ގަޑި ނިމޭނީ، މެންދުރުފަހު 1:00 ގައެވެ.

 

2 ވަނަ މާއްދާ - ދިޔަ އުސޫލުގެ 16 ވަނަ މާއްދާ އަންނަނިވި ފަދައިން އިސްލާހު ކުރުން.

މެންބަރުންގެ އަހަރީ ޗުއްޓީ 16.

(ހ) މެންބަރުކަމަށް އައްޔަނުކުރާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަސް ހަމަވުމުން، އަހަރީ ޗުއްޓީގެ ގޮތުގައި 3 (ތިނެއް) ދުވަސް ލިބޭނެއެވެ. އަދި އިތުރު މަސްދުވަހެއް ހަމަވުމުން، އަހަރީ ޗުއްޓީގެ ގޮތުގައި އިތުރު 3 (ތިނެއް) ދުވަސް ލިބޭނެއެވެ. މިގޮތަށް ހިދުމަތުގެ ފުރަތަމަ 12 (ބާރަ) މަސްދުވަސް ހަމަވަންދެން، އަހަރީ ޗުއްޓީގެ ގޮތުގައި 30 (ތިރީސް) ދުވަސް ލިބޭނެއެވެ.

(ށ) ހިދުމަތުގެ ދެވަނަ އަހަރުގެ ތެރޭގައި އަހަރީ ޗުއްޓީގެ ގޮތުގައި ލިބޭނީ، ހިދުމަތުގެ ފުރަތަމަ އަހަރުގެ އަހަރީ ޗުއްޓީގެ 30 (ތިރީސް) ދުވަހުގެ ތެރެއިން ބާކީ އޮތް ދުވަސްތަކެވެ. މި އަހަރުގެ ތެރޭގައި އަހަރީ ޗުއްޓީގެ ޖަމާގައި ބާކީ އޮތް ދުވަސްތައް އެއްކޮށް ނުވަތަ އެކިފަހަރުމަތިން ބަހައިލައިގެން ވެސް ނެގިދާނެއެވެ. ހިދުމަތުގެ ދެވަނަ އަހަރު ނިމޭއިރު، އަހަރީ ޗުއްޓީގެ ޖަމާގައިވާ ދުވަސްތައް ކެންސަލްވާނެއެވެ.

(ނ) ހިދުމަތުގެ ދެވަނަ އަހަރު ހަމަވުމަށްފަހު، 30 (ތިރީސް) ދުވަހުގެ އަހަރީ ޗުއްޓީ، ކޮންމެ އަހަރެއް ހަމަވުމުން ލިބޭނެއެވެ.

(ރ) ކެންސަލްވެފައިވާ އަހަރީ ޗުއްޓީގެ އެއްވެސް ދުވަހަކަށް ފައިސާއެއް ނުދެވޭނެއެވެ.

(ބ) މެންބަރަކު އަހަރީ ޗުއްޓީގެ ގޮތުގައި ނަގައިފައިވާ ދުވަސްތައް ގުނުމުގައި އެ މެންބަރަކު އަހަރީ ޗުއްޓީގައި ހުންނަ މުއްދަތުގައި ދިމާވާ ރަސްމީ ބަންދު ދުވަސްތައް ހިމަނައިގެން ނުވާނެއެވެ.

 

3 ވަނަ މާއްދާ - އުސޫލުގެ 19 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

ވިހެއުމާ ގުޅިގެންދޭ ޗުއްޓީ 1-1.

ވިހެއުމާ ގުޅިގެން ދޭ ޗުއްޓީގެ ގޮތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އަންހެން މެންބަރުންނަށް ލިބިދެވޭނީ 6 (ހައެއް) މަސްދުވަހުގެ ޗުއްޓީ އެކެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 21 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

ގަޑީލާރި ނެގުން 1-21.

(ހ) މެންބަރުން ހާޒިރުވާންޖެހޭ ގަޑިއަށްވުރެ ލަހުން ހާޒިރުވެއްޖެނަމަ، މި މާއްދާގެ (ރ) ގައިވާ ގޮތުގެ މަތީން ގަޑީލާރި ނެގޭނެއެވެ.

(ށ) ރަސްމީ ދުވަސްދުވަހުގެ ހެނދުނު އޮފީހަށް ހާޒިރުވާންޖެހޭ ގަޑީގެ 1 (އެކެއް) މިނިޓު ހިނގުމަށްފަހު އޮފީހަށް ހާޒިރުވެއްޖެނަމަ ގަޑީލާރި ނެގޭނެއެވެ.

(ނ) ގަޑީލާރި ކެނޑުމުގައި ވަގުތު ބަލާނީ މިނިޓުންނެވެ. މިނި ޓަކަށް ޖެހޭ އަދަދު ބަލާނީ، މަހު މުސާރަ، އެ މަހެއްގައި ހިމެނޭ ދުވަސްތަކުގެ އަދަދުން ގެއްލީމާ އަންނަ އަދަދު، އާންމު ރަސްމީ ގަޑިކަމަށް ހަމަޖައްސައިފައި އޮންނަ ގަޑީގެ އަދަދުން ގެއްލީމާ އަންނަ އަދަދު، 60 (ފަސްދޮޅަސް) އިން ގެއްލައިގެންނެވެ.އެއީ، ރަމަޒާންމަސް ފިޔަވައި އެހެން މަސްމަހު، އެ މަހެއްގައި ހިމެނޭ ދުވަސްތަކުގެ އަދަދުން ގެއްލީމާ އަންނަ އަދަދު، ރަސްމީ މަސައްކަތު ގަޑިން ގެއްލީމާ އަންނަ އަދަދު، 60 (ފަސްދޮޅަސް) އިން ގެއްލައިގެންނެވެ. އަދި ރަމަޒާންމަހު، އެ މަހުގެ މުސާރަ 30 (ތިރީސް) އިން ގެއްލީމާ އަންނަ އަދަދު، ރަސްމީ މަސައްކަތު ގަޑިން ގެއްލީމާ އަންނަ އަދަދު، 60 (ފަސްދޮޅަސް) އިން ގެއްލައިގެންނެވެ.

(ރ) މެންބަރަކު ގަޑިޖެހިގެން ދުވަހަކަށް ނެގޭ ގަޑީލާރި ނެގޭނެ އެންމެ ގިނަ އަދަދަކީ، އެ މެންބަރެއްގެ މުސާރައިން ދުވަހަކަށްޖެހޭ މުސާރައިގެ އަދަދެވެ.

 

5 ވަނަ މާއްދާ - މި އުސޫލަށް އަމަލުކުރަން ފަށާނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުންގެ އާންމު މަޖިލީހުން މި އުސޫލު ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

އަދި ނުހިމެނި

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު