-

ކ. ތިލަފުށްޓާއި ކ.ގުޅިފަޅުގެ ފަޅުތެރެއަށް ދޫކޮށްލައިފައިވާ އުޅަނދުފަހަރާއި ތަކެއްޗާމެދު އަމަލުކުރާނެގޮތުގެ އުސޫލު

(އުސޫލު ނަންބަރު 2023-07)

(މި އުސޫލަށް އަމަލުކުރަން ފެށީ 9 މާރިޗު 2023 ގައި)

 

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މި އުސޫލަކީ، ކ. ތިލަފުށްޓާއި ކ.ގުޅިފަޅުގެ ފަޅުތެރެއަށް ދޫކޮށްލައި ފައިހުރި ތަކެއްޗާއި އެކި ޒާތުގެ އުޅަނދުތަކުގެ ސަބަބުން އެ ސަރަ ހައްދުގެ ތިމާވެށްޓަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާތީއާއި، ކ. ތިލަފު ށްޓާއި ކ.ގުޅިފަޅުގެ މާސްޓަރ ޕްލޭނާ އެއްގޮތަށް ތަރައްގީގެ މަށްރޫއުތައް ކުރިޔަށް ގެންދިއުމަށް ހުރަސްއެޅެމުންދާތީ، އެ ސަރަހައްދުގެ ފަޅުތެރެއަށް ދޫކޮށް ލައި ފައިވާ އުޅަނދުފަހަރާއި ތަކެއްޗާމެދު އަމަލުކުރާނެ ގޮތް ބަޔާންކުރުމަށް ހަ ދައި ފައިވާ އުސޫލެ ކެވެ.
(ށ) މި އުސޫލަށް ކިޔާނީ، "ކ. ތިލަފުށްޓާއި ކ.ގުޅިފަޅުގެ ފަޅުތެރެއަށް ދޫކޮށް ލައި ފައިވާ އުޅަނދުފަހަރާއި ތަކެއްޗާމެދު އަމަލުކުރާނެގޮތުގެ އުސޫލު" އެވެ .

 

2 ވަނަ މާއްދާ - ދޫކޮށްލައިފައިވާ އުޅަނދުފަހަރާއި ތަކެތިކަމުގައި ކަނޑައެޅުން

ފަޅުތެރެއަށް ދޫކޮށްލައިފައިވާ އުޅަނދުފަހަރާއި ތަކެތިކަމަށް ކަނޑައެޅުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.

(ހ) އެ އެއްޗެއްގެ ބާވަތުން އެ އެއްޗެއް ހުރިގޮތް ނުވަތަ އޮތް ގޮތް.

(ށ) އެ އެއްޗެއްގެ ސަބަބުން އެ ސަރަ ހައްދު ބޭނުންކުރާ މީހުންނަށް އުނދަގޫވުން .

(ނ) އެ އެއްޗެއް އެ ތަނުގައި އޮތުމުގެ ސަބަބުން އެ ސަރަހަ އްދުގައި ހިން ގަން ކަނޑައަޅައި ފައިވާ އެއްވެސް މަށްރޫ އެއް ހިންގަން ދަތިވުން.

(ރ) އެ އެއްޗަކީ ފަޅުތެރޭގައި ނުވަތަ ގޮނޑުދޮށުގައި އޮތް އެ އެއްޗެއްނަމަ ނުވަތަ ހުރި އެއްޗެއްނަމަ، އެކަމުގެ ސަބަބުން އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށާއި އެ ސަރަހައްދުގެ ތިމާވެށްޓަށް ގެއްލުން ލިބެމުންދިޔުން.

(ބ) އެ އެއްޗެއް ހުންނަންޖެހޭގޮތް ނުވަތަ ބާއްވަންޖެހޭގޮތް ނޫން އެހެން ގޮތަކަށް ފަޅުތެރޭގައި ދޫވެފައި ހުރުން.

(ޅ) ފަޅުތެރެއަށް އެއްބައި ނުވަތަ އެއްކޮށް ފެތިފައި ހުންނަ ތަކެތި.

 

3 ވަނަ މާއްދާ - ދޫކޮށްލައިފައިވާ އެއްޗަކަށް ހުއްދަ ހޯދުން

ދޫކޮށްލައިފައިވާ އެއްޗެއްކަމަށް ކަނޑައެޅުމަށްފަހު ވެސް ކަނޑައަޅާ ވަކި މުއްދަތަކަށް އެ އެއްޗެއް އެ ތަނެއްގައި ބޭއްވު މަށް ހުއްދަ ދެވިދާނެއެވެ.

 

4 ވަނަ މާއްދާ - ދޫކޮށްލައިފައިވާ ތަކެތި ނެގުމަށް އެންގުން

(ހ) މި އުސޫލުގެ 2 ވަނަ މާއްދާގެ ދަށުން ދޫކޮށްލައިފައިވާ ތަކެތިކަމުގައި ކަނޑައަޅާ ތަކެތީގެ ތެރެއިން އެ އެއްޗެއްގެ ވެރިފަރާތް އެނގޭ ތަކެތި ނެގުމަށް، އެ އެއްޗެއް އޮތް ހާ ލަތަށް ރިއާޔަތްކޮށް، އެ އެއްޗެއްގެ ވެރިފަރާތަށް 7 (ހަތެއް) ދުވަހާއި 30 (ތިރީސް) ދުވަހާ ދެމެދު ގެ މުއްދަތެއް ލިޔުމުން ދެވޭނެއެވެ .

(ށ) މި މުއްދަތުގެ ތެރޭގައި އެ އެއްޗެއްގެ ވެރިފަރާތުން އެ އެއްޗެއް ނުނަގައިފިނަމަ، އެ އެއްޗެއް ނަ ގައި،އެ އެއްޗެއް ނައްތައި ލުމުގެ ބާރު ނުވަތަ ނީލަމުގައި ވިއް ކައި ލުމުގެ ބާރު، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭށަން ލިމިޓެޑަށް ލިބިގެންވެއެވެ.

(ނ) ވެރިފަރާތް ނޭނގޭނަމަ، ވެރިފަރާތް ހޯދުމަށް އިއުލާނުކުރުމަށްފަހު 30 (ތިރީސް) ދުވަހުގެ ތެރޭގައި ވެރިފަރާތުން އެ އެއްޗަކާ ހަވާލުނުވެއްޖެނަމަ، އެ އެއްޗެއް ނަގައި، އެ އެއްޗެއް ނައްތައިލުމުގެ ބާރު ނުވަތަ ނީލަމުގައި ވިއް ކައި ލުމުގެ ބާރު، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭށަން ލިމިޓެޑަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ހ) އާއި (ށ) ގައި އެހެން އޮތް ނަމަވެސް، ދޫކޮށްލައިފައިވާ އެއްޗެއްގެ ބާވަތުން އޭގެ ސަބަބުން އާންމު ސިއްހަތަށް ގެއްލުން ލިބޭ ބާވަތުގެ ތަކެއްޗާއި، ތިމާވެށްޓަށް ނުރައްކަލެއް ފޯރަ އި ފާނޭ ތަކެތި އަދި އެ ސަރަހަ އްދެއްގައި ހިންގުމަށް ކަނޑައަޅައި ފައިވާ މަށްރޫއަ ކަށް ދަތިވާގޮތަށް ހުންނަ ތަކެތި، އެއީ ދޫކޮށްލައިފައިވާ އެއްޗެއްކަމުގައި ކަނޑައަޅާ ހިނދުން ފެށިގެން، އެ އެއްޗެއް ނަގައި، އެ އެއްޗެއް ނައްތަ އިލުމުގެ ބާރު، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭށަން ލިމިޓެޑަށް ލިބިގެންވެއެވެ.

(ބ) މި ގޮތުން ދޫކޮށްލައިފައިވާ ތަކެތި ނައްތައިލައިގެން ނުވަތަ ނީލަމުގައި ވިއް ކައިލައިގެން އެ އެއްޗެއްގެ ވެރިފަރާތަށް ލިބޭ ގެއްލުމަކަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭށަން ލިމިޓެޑުން ޒިންމާވާކަ ށެއްނުޖެހޭނެއެވެ.

(ޅ) ދޫކޮށްލައިފައިވާ ތަކެތި ނެގުމުގެ ކުރިން، ނެގީ ކޮން އެއްޗެއްކަމާއި، އެ ތަކެތި ނެގީ ކޮންތަނަކުންކަމާއި، އެ ތަކެތި ނެގިއިރު ހުރި ހާލަތު ބަޔާންކުރާ ރިޕޯޓެއް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭށަން ލިމިޓެޑުން ތައްޔާރުކުރަންވާނެއެވެ. އެ ރިޕޯޓުގައި، އެ ތަކެތި އޭރު ހުރިގޮތް އެނގޭނޭ ފޮޓޯ ހިމަނަންވާނެއެވެ .

(ކ) މި މާއްދާގައި ބަޔާން ކޮށްފައިވާ ފަދަ ހާލަތެއްގައި އުޅަނދެއް ނަގައި ނައްތައި ލަން ނިންމަންވާނީ، އެކަމަށް ޓަކައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭށަން ލިމިޓެޑުގަ އި ގާއިމް ކޮށް ފައިވާ ކޮމެޓީއަކުންނެވެ.

 

5 ވަނަ މާއްދާ - ފަޅުތެރެއަށް ދޫކޮށްލައިފައިހުންނަތަކެތި ވަގުތުން ނެގުން

ފަޅުތެރެއަށް ދޫކޮށްލާފައި އެއްޗަކީ އޭގެ ސަބަބުން ނުރައްކައުތެރި ހާދިސާއެއް ހިނގައި ފާނެ އެއްޗެއް ކަމުގައި ވާނަމަ، ނުވަތަ އޭގެ ސަބަބުން ތިމާވެށްޓަށް ނޭދެވޭ އަސަރެއް ފޯރައިފާނެ އެއްޗެއް ކަމުގައި ވާނަމަ، އޭގެ ސަބަބުން ކުރިމަތިވާނެ ނުރައްކަލަކުން ސަލާމަތްވުމަށް ޓަކައި އެފަދަ އެއްޗެއް އެއަށްވުރެ ނުރައްކައުތެރިކަން ކުޑަ ސަރަހައްދަކަށް ގެންދިއުމުގެ ބާރު، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭށަން ލިމިޓެޑަށް ލިބިގެންވެއެވެ. މިގޮތަށް ގެންދާ ގެންދިއުމުގައި އެ އުޅަނދަކަށް ލިބޭ ގެއްލުމަކަށާއި އެ އުޅަނދެއް އެ ތަނުގައި ބޭއްވުމުގެ ސަބަބުން ލިބޭ ގެއްލުމަކަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭށަން ލިމިޓެޑުން ޒިންމާއެއް ނުވާނެއެވެ.

 

6 ވަނަ މާއްދާ - މާނަކުރުން

އުސޫލުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، "ފަޅު " ކަމަށް ބުނެފައި އެވަނީ، ކ. ތިލަފުށްޓާއިކ.ގުޅީފަޅު ސަރަހަ އްދުގެ ތެރޭގައި ހިމެނޭ، ކަނޑާ ގުޅިފައިވާ ކަނޑުކަމުގައި ނުބެލޭ ސަރަ ހައްދަށެވެ. މީގެ ތެރޭގައި އެ ފަޅުގައި ހިމެނޭ ވިލާއި ގިރި ވެސް ހިމެނޭނެއެވެ.

 

7 ވަނަ މާއްދާ - އަމަލުކުރަން ފަށާ ތާރީހު

މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު/ގަވާއިދު

(ނެތް)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު