-

ޖިއޮގުރަފިކް ތަންތަނަށް ނަންކިޔުމުގެ އުސޫލު

(އުސޫލު ނަންބަރު 2023-02)

(މި އުސޫލަށް އަމަލުކުރަން ފެށީ 11 ޖަނަވަރީ 2023 ގައި)

 

1 ވަނަ މާއްދާ - ތައާރުފު

މިއ، ޖިއޮގުރަފިކް ތަންތަނުގެ ތެރެއިން، ވަކި ނަމެއް ކިޔުމަށް ބޭނުންވާ ތަންތަނަށް ނަންކިޔުމާއި، އަލަށް އުފައްދާ ތަންތަނަށް ނަން ކިޔުމާއި، ވަކި ނަމެއް ދީފައިނުވާ ތަންތަނަށް ނަން ކިޔުމާއި، ވަކި ތަނަކަށް ދީފައިވާ ނަމެއް ނުވަތަ އާންމުކޮށް ބޭނުންކުރަމުންދާ ނަމެއް ރަސްމީީކޮށް އެ ތަނަކަށް ކިޔުމަށް ނުވަތަ ބޭނުންކުރަމުންދާ ނަމެއް ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތް ބަޔާންކުރުމަށް އެކުލަވައިލައިފައިވާ އުސޫލެކެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި އުސޫލުގެ މަގުސަދަކީ، ޖިއޮގުރަފިކް ތަންތަނަށް ނަންކިޔުމަށް ޓަކައި ނަން ފާސްކުރުމުގައި ބަލާނެ މިންގަނޑުތައް ކަނޑައެޅުމާއި، ނަންކިޔުމުގައި އަމަލުކުރާނެ ހަމަތަކާއި އިޖުރާއަތުތައް ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - މި އުސޫލުގެ ދަށުން ނަން ކިޔާނެ ތަންތަން

(ހ) މި އުސޫލުގެ ދަށުން ނަންކިޔާނީ އަންނަނިވި ތަންނަށެވެ.

  1. ވަކި ނަމެއް ކިޔުމަށް ބޭނުންވާ ތަންތަން؛
  2. އަލަށް އުފައްދާ ތަންތަން؛
  3. ވަކި ނަމެއް ކިޔައިފައި ނުވާ ތަންތަން؛
  4. އެ ތަނަކަށް އާންމުކޮށް ބޭނުންކުރަމުންދާ ނަމެއް ރަސްމީީކޮށް އެ ތަނަކަށް ކިޔުމަށް ބޭނުންވާ ކޮންމެ ތަނެއް؛ ދީފައިވާ ނަން ބަދަލުކުރުމަށް ބޭނުންވާ ތަންތަން.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ވަކި ތަނަކަށް ކިޔައިފައިވާ ނަމަކަށް އެއްވެސް ބަދަލެއް ގެންނަން ބޭނުންވެއްޖެނަމަ، އެ ބަދަލެއް ގެނައުމަށް މި އުސޫލުގެ ދަށުން ކަނޑައެޅިދާނެއެވެ.

 

4 ވަނަ މާއްދާ - ނަންކިޔުމަށް ހުށަހެޅުން

(ހ) މި އުސޫލުގެ ދަށުން ނަންކިޔުމަށް ހުށަހަޅާނީ، އޮތޯރިޓީީން އެކަމަށް ހާއްސަކޮށްފައިވާ ފޯމު މެދުވެރިކޮށް، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް، އޮތޯރިޓީ އަށެވެ.

  1. ދައުލަތުގެ އިދާރާއަކުން ހުށަހަޅާ ހުށަހެޅުންތައް އެ އިދާރާއިން؛
  2. އަމިއްލަ ފަރާތަކުން ނުވަތަ ޖަމްއިއްޔާއަކުން ނުވަތަ ކުންފުންޏަކުން ހުށަހަޅާ ހުށަހެޅުންތައް، ކަމާބެހޭ ވުޒާރާ މެދުވެރިކޮށް.

(ށ) ރަށަކަށް ނުވަތަ ފަޅަކަށް ކިޔައި ފައިވާ ނަމެއް ބަދަލުކުރުމަށް ނުވަތަ ނަމަށް ބަދަލެއް ގެނައުމަށް ހުށަހެޅޭނީ، ދައުލަތުގެ އިދާރާއަކަށް ނުވަތަ އެ ތަނެއް ކުއްޔަށް ހިފައިފައިވާ ފަރާތަށް ނުވަތަ އެ ތަނެއް ހަވާލުކޮށްފައިވާ ފަރާތަށް އެކަންޏެވެ.

(ނ) ސަރުކާރުގެ އިދާރާއެއް ފިޔަވައި އެހެން ފަރާތަކުން ރަށަކަށް ނަމެއް ކިޔުމަށް ހުށަހެޅޭނީ، އެ ފަރާތަކުން ހިއްކައިފައިވާ ރަށެއްކަމުގައި ވާނަމައެވެ.

(ރ) ނަން ކިޔުމަށް ނުވަތަ ނަން ބަދަލުކުރުމަށް ނުވަތަ ނަމުގެ ބައެއް ބަދަލުކުރުމަށް ހުށަހަޅާއިރު، ހުށަހަޅާ ފަރާތުން އެ ތަނަށް ކިޔުމަށް އެދޭ ނަމެއް ނުވަތަ ނަންތަކެއް ބަޔާންކުރަންވާނެއެވެ.

 

5 ވަނަ މާއްދާ - ނަން ފާސްކުރުމުގެ މިންގަނޑުތައް

(ހ) މި އުސޫލުގެ ދަށުން ނަންކިޔުމަށް ނުވަތަ ނަމަކަށް ބަދަލުގެނައުމަށް ޓަކައި ނަން ފާސްކުރުމުގައި އަންނަނިވި ކަންކަމަށް ބަލަންވާނެއެވެ.

  1. ދިވެހިބަހުން ކިޔާ ނަމެއް ކަމުގައި ވުން؛
  2. އާންމު އިޖުތިމާއ މިންގަނޑުތަކަށާއި، އަހްލާގ މިންގަނޑުތަކަށް ފެތޭ ނަމެއްކަމުގައި ވުން؛
  3. ކިޔަން ފަސޭހަ، ރީތި، ސާދާ ނަމަކަށް ވުން؛
  4. އެހެން ތަނަކަށް ކިޔައިފައިވާ ނަމަކަށް ނުވުން؛
  5. މީހަކަށް ކިޔާ ނަމަކަށް ނުވުން ނުވަތަ އެހެން ތަނަކަށް ކިޔާ ނަމަކަށް ނުވުން.

(ށ) ރަށަކަށް ނުވަތަ ފަޅަކަށް ނަން ކިޔުމުގައި އަންނަނިވި ކަންކަމަށް ރި އާޔަތް ކުރަންވާނެއެވެ.

  1. އެ ތަނެއްގެ ގުދުރަތީ އުމުރު؛
  2. އެ ތަނެއްގެ ނުވަތަ ސަރަހައްދުގެ ތާރީހު؛
  3. އެ ތަނެއް އޮތް ތަން (ސަރަހައްދު ނުވަތަ ހިސާބުގަނޑު)؛
  4. އެ ތަނެއް އުފެދުމުގައި ހުރި ސިފަތައް (މިސާލު: އުސްފުށި، ބާރަށް)؛
  5. އެ ތަނެއްގެ ކުޑަބޮޑުމިން (މިސާލު: ބޮޑުފިނޮޅު، ކުޑަރަށް)؛
  6. އެ ތަނެއްގެ ހާއްސިއްޔަތު (އެ ތަނެއްގައި ނުވަތަ އެ ތަނެއްގެ ވަށައިގެންވާ ވަސީލަތްތަކާއި ދިރުންތައް ނުވަތަ ޖިއޮލޮޖިކަލް ފީޗަރސް).

 

6 ވަނަ މާއްދާ - ޖިއޮގުރަފިކް ނަންތަކާބެހޭ ކޮމިޓީީ

(ހ) މި އުސޫލުގެ ދަށުން ނަންކިޔުމަށް ނުވަތަ ނަމަކަށް ބަދަލުގެނައުމަށް ނިންމާނީ، ޖިއޮގުރަފިކް ނަންތަކާބޭ ކޮމިޓީ ގެ ނަމުގައި އެކުލަވައިލައިފައިވާ ކޮމިޓީންނެވެ. ޖިއޮގުރަފިކް ނަންތަކާބޭ ކޮމިޓީ އެކުލެވިގެންވަނީ، އަންނަނިވި މެންބަރުންގެ މައްޗަށެވެ.

  1. ރައ ސުލްޖުމްހޫރިއްޔާގެ އޮފީހުން ކަނޑައަޅާ ފަރާތެއް؛
  2. މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީީން ކަނޑައަޅާ ފަރާތެއް؛
  3. ދިވެހިބަހުގެ އެކަޑަމީން ކަނޑައަޅާ ފަރާތެއް؛
  4. މިނިސްޓްރީ އޮފް ޓޫރިޒަމުން ކަނޑައަޅާ ފަރާތެއް؛
  5. މިނިސްޓްރީ އޮފް ފިށަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ކަނޑައަޅާ ފަރާތެއް؛
  6. މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ކަނޑައަޅާ ފަރާތެއް؛
  7. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ކަނޑައަޅާ ފަރާތެއް؛
  8. މިނިސްޓްރީ އޮފް ނޭށަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކަނޑައަޅާ ފަރާތެއް؛
  9. ލޯކަލް ގަވަރމަންޓް އޮތޯރިޓީީން ކަނޑައަޅާ ފަރާތެއް.

(ށ) ކޮމިޓީ މަސައްކަތުގައި އެހީތެރިވެދިނުމުގެ ގޮތުން، ދިރާސާކުރުމަށާއި ފަންނ ލަފާ ދިނުމަށް އެހެނިހެން ފަރާތްތައް، ކޮމިޓީ ގެ މަސައްކަތުގައްޔާއި ބައްދަލުވުންތަކުގައި ބައިވެރި ކުރެވިދާނެއެވެ.

(ނ) ކޮމިޓީ ގެ ސެކްރެޓޭރިއަޓް ބަލަހައްޓާނީ، މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީ ގެ ބެލުމުގެ ދަށުންނެވެ. ކޮމިޓީ ގެ ބައްދަލުވުންތަކާއި މަސައްކަތްތައް، ކޮމިޓީން އެހެން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު ހިންގާނީ އޮތޯރިޓީ ގައެވެ.

 

7 ވަނަ މާއްދާ - ނަންކިޔުމުގެ އިޖުރާއަތު 

(ހ) ނަންކިޔުމަށް އޮތޯރިޓީ އަށް ހުށަހަޅާ ހުށަހެޅުންތައް ފުރަތަމަ ދިރާސާ ކުރާނީ، އޮތޯރިޓީީންނެވެ. މިގޮތުން ލިބޭ ކޮންމެ ހުށަހެޅުމެއްގައި މައުލޫމާތު ފުރިހަމަވޭތޯ ބަލައި، ކަށަވަރު ކުރަންވާނެއެވެ. މައުލޫމާތު ފުރިހަމަ ނުވާނަމަ، ނުވަތަ ހުށަހެޅުމަކާ ގުޅިގެން އިތުރު މައުލޫމާތު ބޭނުންވާކަމަށް އޮތޯރިޓީ އަށް ފެންނަނަމަ، އެ ހުށަހެޅުމެއް ހުށަހެޅި ފަރާތަށް އަންގައިގެން ނުވަތަ ދައުލަތުގެ އިދާރާއެއްގައި އެދިގެން އޮތޯރިޓީ އަށް ބޭނުންވާ މައުލޫމާތު ހޯދަންވާނެއެވެ.

(ށ)  ނަންކިޔުމަށް އޮތޯރިޓީ އަށް ހުށަހަޅާ ކޮންމެ ހުށަހެޅުމެއް އޮތޯރިޓީީން ދިރާސާ ކުރުމަށްފަހު، އެންމެހައި ލިޔުންތަކާއެކު، އެ ހުށަހެޅުމެއް އޮތޯރިޓީ އަށް ލިބޭ ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ޖިއޮގުރަފިކް ނަންތަކާބޭ ކޮމިޓީ އަށް ފޮނުވަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާން ކޮށްފައިވާ އުސޫލުން، ކޮންމެ ހުށަހެޅުމެއް ދިރާސާ ކުރުމަށްފަހު އޮތޯރިޓީީން ޖިއޮގުރަފިކް ނަންތަކާބޭ ކޮމިޓީ އަށް ހުށަހަޅާ ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، އެ ހުށަހެޅުމަކާމެދު ކޮމިޓީން ގޮތެއް ނިންމަންވާނެވެ.

(ރ) ނަންކިޔުމަށް ހުށަހަޅާ ކޮންމެ ހުށަހެޅުމަކާމެދު ކޮމިޓީން ނިންމި ގޮތް، އެ ހުށަހެޅުމެއް ހުށަހެޅި ފަރާތަށް ލިޔުމުން އަންގަންވާނެއެވެ. މިގޮތުން، ނަމެއް ފާސްކޮށްދިނުމަށް ނުފެންނަ ކަމަށް ނިންމާ ހާލަތުގައި، އެ ނަމެއް ފާސްކޮށްދެވެން ނެތް ސަބަބު ސާފުކޮށް ބަޔާންކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - ނަން އިއުލާނުކުރުން

ޖިއޮގުރަފިކް ތަނަކަށް ނަމެއް ކިޔުމަށް ނުވަތަ އެފަދަ ތަނެއްގެ ނަމެއް ބަދަލުކުރުމަށް ނުވަތަ ނަމަކަށް ބަދަލުގެނައުމަށް ކޮމިޓީން ފާސްވުމަށްފަހު، އެ ނަމެއް އޮތޯރިޓީީން އިއުލާނު ކުރަންވާނެއެވެ.

 

9 ވަނަ މާއްދާ - ނަން ރަސްމީ ވުމާއި ބޭނުންކުރުން ލާޒިމުވުން

(ހ) ޖިއޮގުރަފިކް ނަންތަކާބޭ ކޮމިޓީން ނަމެއް ފާސްކޮށް އިއުލާނުކުރުމަށްފަހު، އެ ނަމަކީ އެ ތަނަށް ކިޔާ ރަސްމީ ނަންކަމުގައި ހަމަޖެހުނ އެވެ.

(ށ) ވަކި ތަނަކަށް ކިޔާނެ ނަމެއް ފާސްވުމަށްފަހު، އެ ތަނަކަށް ރަސްމީީކޮށް މުހާތަބުކުރުމުގައްޔާއި، ރަސްމީ ލިޔުންތަކުގައި ބޭނުންކުރަންވާނ ފާސްކޮށްފައިވާ ނަމެވެ.

(ނ) ޖިއޮގުރަފިކް ނަންތަކާބޭ ކޮމިޓީން ނަމެއް ފާސްކޮށް އިއުލާނުކުރުމަށްފަހު، ދިވެހިރާއްޖޭގެ ރަސްމީ ޗާޓުގައި އެ ތަނެއް ފާހަގަކޮށް، އެ ތަނަކަށް ކިޔާ ނަމުގެ ގޮތުގައި އެ ނަމެއް ހިމަނަންވާނެއެވެ.

(ރ) ފާސްކޮށް، އިއުލާނުކޮށްފައިވާ ނަމެއް، އަސްލާ އެއްގޮތްނޫން ގޮތަކަށް ބޭނުންކުރާ ކަމަށް ފާހަގަކުރެވިއްޖެނަމަ، އެކަން އިސްލާހުކުރުމަށް އެންގުމަކ ނުވަތަ އާންމުންގެ ސަމާލުކަމަށް ގެނައުމަކ އޮތޯރިޓީ ގެ ޒިންމާއެކެވެ.

 

10 ވަނަ މާއްދާ - ނަން ބަދަލުކުރުން ނުވަތަ ބާތިލުކުރުން

(ހ) މި އުސޫލުގެ ދަށުން ތަނަކަށް ކިޔައިފައިވާ ނަމެއް، އެހެން ތަނަކަށް ކިޔާކަން ނުވަތަ އެހެން ނަމަކާ އެއްގޮތްކަމަށް ފާހަގަކުރެވިގެން، އަމިއްލަ އިސްނެގުމަށް އެ ނަން ބަދަލުކުރުމަށް ނުވަތަ ބާތިލުކުރުމަށް ނިންމުމުގެ އިހްތިޔާރު، ކޮމިޓީ އަށް ލިބިގެންވެއެވެ.

(ށ) މި އުސޫލުގެ ދަށުން ތަނަކަށް ނަމެއް ކިޔުމަށްފަހު، އެ ނަމަކީ އެހެން ފަރާތެއްގެ ވިޔަފާރި ނަމަކާ އެއްގޮތްކަން ހުރުމުގެ ސަބަބުން ނުވަތަ އޮޅުން އަރާގޮތް މެދުވެރިވުމުގެ ސަބަބުން އެ ފަރާތުގެ ވިޔަފާރި މަސްލަހަތަކަށް އުނިކަން އަތުވެދާނެފަދަ ނަމެއްކަމަށް ފާހަގަވެގެން އެއްވެސް ފަރާތަކުން އެކަން އޮތޯރިޓީ ގެ ނުވަތަ ކޮމިޓީ ގެ ސަމާލުކަމަށް ގެނެސްފިނަމަ، އެ ކަމެއް ބަލައި، ނަން ބަދަލުކުރުމަށް ނުވަތަ ނަމަށް ބަދަލެއް ގެނައުމަށް ނުވަތަ ނަން ބާތިލުކުރުމަށް ނިންމުމުގެ އިހްތިޔާރު، ކޮމިޓީ އަށް ލިބިގެންވެއެވެ.

(ނ)  މި މައްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވެގެން، ނަން ބަދަލުކުރުމަށް ނުވަތަ ނަމަށް ބަދަލެއް ގެނައުމަށް ނުވަތަ ނަން ބާތިލުކުރުމަށް ނިންމުމުގެ ކުރިން، އެ ތަނެއްގެ ވެރިފަރާތް ނުވަތަ އެ ތަނެއް ކުއްޔަށް ހިފައިފައިވާ ފަރާތް ނުވަތަ އެ ތަނެއް ހަވާލުކޮށްފައިވާ ފަރާތް ނުވަތަ އެ ތަނެއް ބޭނުންކުރަމުންދާ ފަރާތުގެ މަށްވަރާ، ކޮމިޓީން ހޯދަންވާނެއެވެ.

 

11 ވަނަ މާއްދާ - ސަރުކާރުގެ އިދާރާތަކަށް ލިބިފައިވާ ހުށަހެޅުންތައް

މި އުސޫލަށް އަމަލުކުރަން ފަށާއިރު، ޖިއޮގްރަފިކް ތަނަކަށް ނަން ކިޔުމަށް ނުވަތަ ނަން ބަދަލުކުރުމަށް ނުވަތަ ނަމަށް ބަދަލެއް ގެނައުމަށް އެދި ސަރުކާރުގެ އިދާރާއަކަށް އެއްވެސް ފަރާތަކުން ހުށަހަޅައިފައިވާ ނަމަ، އެ ހުށަހެޅުމެއް އޮތޯރިޓީ އަށް ބަދަލުކުރަންވާނެއެވެ. މި ފަދަ ހުށަހެޅުމެއް އަލުން ހުށަހެޅުމަކާ ނުލައި، އެ ހުށަހެޅުމަކާމެދު ގޮތެއް ނިންމުމަށް ކޮމިޓީ އަށް ފޮނުވަންވާނެއެވެ.

 

12 ވަނަ މާއްދާ - މާނަކުރުން

މި އުސޫލުގެ ބޭނުމަށް ޓަކައި، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނ ތިރީގައިވާ މާނަކުރުމެވެ.

(ހ) ޖިއޮގުރަފިކް ތަނެއް ނުވަތަ ތަންތަން ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ރަށްރަށާއި، ބިންބިމާއި، ފަޅުފަޅާއި، ފަރުފަރާއި، ހާހަލާއި، ގިރިގިރިއާ އަދި މި ނޫންވެސް މިފަދަ ގުދުރަތީ ތަންތަނާއި އުފައްދައިފައިވާ ތަންތަނާއި ސަރަހައްދުތަކަށެވެ.

(ށ) "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީ އަށެވެ.

(ނ) "ކޮމިޓީ" ކަމަށް ބުނެފައި އެވަނީީ، މި އުސޫލުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ޖިއޮގުރަފިކް ނަންތަކާބޭ ކޮމިޓީ ގެ ނަމުގައި އެކުލަވައިލާ ކޮމިޓީ އަށެވެ.

(ރ) "ދިވެހިރާއްޖޭގެ ރަސްމީ ޗާޓު" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީީން، ތައްޔާރުކޮށް ށާއިއު ކުރާ ރަށްތަކާއި، ފަޅުތަކާއި، އެފަދަ އެހެނިހެން ތަންތަނުގެ ޗާޓަށެވެ.

 

13 ވަނަ މާއްދާ - އުސޫލަށް އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު/ގަވާއިދު

ނެތް

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު