-

ދަރިވަރުން އެންރޯލްކުރުމާއި ކިޔަވައިދިނުމާ ބެހޭ އުސޫލު (އުސޫލު ނަންބަރު 2022-06) އަށް 1 ވަނަ އިސްލާހު ގެނައުމުގެ އުސޫލު 

(އުސޫލު ނަންބަރު 2022-21)

އުސޫލު ނަންބަރު 2022-06 (ދަރިވަރުން އެންރޯލްކުރުމާއި ކިޔަވައިދިނުމާ ބެހޭ އުސޫލު) އަށް 1 ވަނަ އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 6 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ކިޔަވައިދިނުން 6.

ސެމިސްޓަރއެއްގެ ދިގުމިނަކީ، މަދުވެގެން 15 (ފަނަރަ) ހަފުތާކަމަށް ވާއިރު، ކޮންމެ މޮޑިއުލަކަށް ކަނޑައަޅައިފައިވާ ކްރެޑިޓް ހަމަކުރުމަށް ޓަކައި، ސެމިސްޓަރގެ 15 (ފަނަރަ) ހަފުތާގައި ފުރިހަމަޔަށް ކިޔަވައިދޭންވާނެއެވެ. މި މުއްދަތުގެ ތެރޭގައި އިމްތިހާނާއި ޗުއްޓީ ގެ ދުވަސްތައް ސެމިސްޓަރ ތެރެޔަކު ނުހިމެނޭނެއެވެ. އަދި މޮޑިއުލެއް ރިޕޯޓްކުރާ ނަމަ ނުވަތަ ހާއްސަ ހާލަތްތަކުގައި ނަމަ، އެންމެ ގިނަވެގެން ނަގައިދެވޭނެ ވޯކްލޯޑަކ 150 (އެއްސަތޭކަ ފަންސާސް) ކްރެޑިޓެވެ. ކިޔަވާ ވޯކްލޯޑް އިތުރުވެ، ކްރެޑިޓް އިތުރުވިޔަސް، އެ ޕްރޮގްރާމަކަށް އެމް.އެން.ކިއު.އެފްގައި ކަނޑައެޅިފައިވާ ޖުމުލަ މުއްދަތު ކުރުކޮށްގެން ނުވާނެއެވެ. އަދި އެއް އަހަރެއްގެ ކްރެޑިޓް އިތުރުކުރިޔަސް، އެ ޕްރޮގްރާމެއްގެ އެހެން އަހަރެއްގެ ޖުމުލަ ކްރެޑިޓް 120 (އެއްސަތޭކަ ވިހި) އަށް ވުރެ މަދުކޮށްގެން ނުވާނެއެވެ.

 

2 ވަނަ މާއްދާ - މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި އުސޫލު

ދަރިވަރުން އެންރޯލްކުރުމާއި ކިޔަވައިދިނުމާ ބެހޭ އުސޫލު (އުސޫލު ނަންބަރު 2022-06)

 

ކޮންސޮލިޑޭޓެޑް އުސޫޅު

ދަރިވަރުން އެންރޯލްކުރުމާއި ކިޔަވައިދިނުމާ ބެހޭ އުސޫލު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2022-06)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު