-

ދަރިވަރުން އެންރޯލްކުރުމާއި ކިޔަވައިދިނުމާ ބެހޭ އުސޫލު

(އުސޫލު ނަންބަރު 2022-06)

1 ވަނަ މާއްދާ - ތައާރަ ފާއި ނަން

(ހ) މިއ، ދިވެހިރާއްޖޭގައި ހިންގާ މަތީ ތައުލީމުގެ ޕްރޮގްރާމްތަކުގެ ފެންވަރު ކަށަވަރު ކުރުމަށް ޓަކައި، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީ ން ހުއްދަދ ގެން، މަތީ ތައުލީމުގެ ޕްރޮގްރާމްތައް ހިންގާ، މަތީ ތައުލީމު ދޭ މަރުކަޒުތަކުގައި، މަތީ ތައުލީމުގެ ޕްރޮގްރާމްތައް ހިންގުމުގައި ދަރިވަރުން އެންރޯލްކުރުމާއި ކިޔަވައިދިނުމުގައި އަމަލުކުރަންޖެހޭ މިންގަނޑުތައް ކަނޑައަޅާ އުސޫލެވެ.

(ށ) މި އުސޫލަށް ކިޔާނ "ދަރިވަރުން އެންރޯލްކުރުމާއި ކިޔަވައިދިނުމާ ބެހޭ އުސޫލު" އެވެ.

(ނ) މިއ، ގާނޫނު ނަންބަރު 7/2021 (މަތީ ތައުލ މާއި ތަމްރީނުގެ ގާނޫނު) ގެ 7 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލައިފައިވާ އުސޫލެކެވެ.

 

2 ވަނަ މާއްދާ -  އުސޫލުގެ މަގުސަދު

މި އުސޫލުގެ މަގުސަދަކ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީ ން ހުއްދަދީގެން، މަތީ ތައުލީމުގެ ޕްރޮގްރާމްތައް ހިންގާ، މަތީ ތައުލީމު ދޭ މަރުކަޒުތަކުގައި، މަތީ ތައުލީމުގެ ޕްރޮގްރާމްތައް ހިންގުމުގައި ދަރިވަރުން އެންރޯލްކުރުމާއި ކިޔަވައިދިނުމުގައި އަމަލުކުރަންޖެހޭ އެންމެހައި އުސޫލުތައް ކަނޑައެޅުމެވެ.

 

3 ވަނަ މާއްދާ - މާނަކުރުން

މި އުސޫލުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެ ވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް، ތިރީގައި ދީފައިމިވާ މާނަކުރުމެވެ.

(ހ) "އޮތޯރިޓީ" ނުވަތަ "އެމް.ކިއު.އޭ" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީ އަށެވެ.

(ށ) "މަތީ ތައުލީމު ދޭ މަރުކަޒު" ކަމަށް ބުނެފައި އެވަނީ ، ޔުނިވަރސިޓީ ތަކާއި، ކޮލެޖްތަކާއި، އިންސްޓިޓިއުޓްތަކަށެވެ.

(ނ) "އެމް.އެން.ކިއު.އެފް" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ނޭށަނަލް ކޮލިފިކޭށަންސް ފްރޭމްވަރކަށް ނުވަތަ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑަށެވެ.

 

4 ވަނަ މާއްދާ - ދަރިވަރުން އެންރޯލްކުރުން

(ހ) ސެމިސްޓަރގެ ދިގުމިނަކީ، މަދުވެގެން 15 (ފަނަރަ) ހަފުތާއެވެ.

(ށ) އެމް.ކިއު.އޭ އިން ހުއްދަ ދ ގެން ހިންގާ މަތީ ތައުލީމުގެ ޕްރޮގްރާމްތައް ހިންގަންވާނީ، އަހަރަކު 2 (ދޭއް) ސެމިސްޓަރއަށް ބަހައިލައިގެންނެވެ. މީގެ މާނައަކީ، ދަރިވަރަކަށް އެކަޑެމިކް އަހަރެއްގައި ކިޔަވައިދެވޭނީ، 2 (ދޭއް) ސެމިސްޓަރގައެވެ. އަދި އަހަރަކަށް އެންމެ ގިނައިން ކިޔަވައިދެވޭނެ ވާރކްލޯޑަކީ، 150 (އެއްސަތޭކަ ފަންސާސް) ކްރެޑިޓެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައިވ ނަމަވެސް، އަހަރަކު ހިންގާ 2 (ދޭއް) ސެމިސްޓަރގެ އިތުރުން، ކުރު ސެމިސްޓަރއެއް ހިންގިދާނެއެވެ. ނަމަވެސް މި ކުރު ސެމިސްޓަރގައި ކިޔަވައިދެވޭނ، އެންމެ ގިނަވެގެން 30 (ތިރީސް) ކްރެޑިޓަށް ވާ ވޯކްލޯޑެވެ. އަދި، މި 30 (ތިރީސް) ކްރެޑިޓަކީ މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ 150 (އެއްސަތޭކަ ފަންސާސް) ކްރެޑިޓުގައި ހިމެނޭގޮތަށް އިތުރުކުރެވޭ ކްރެޑިޓަށް ވާންވާނެއެވެ. އަދި މި ގޮތަށް 
އިތުރުކުރެވޭ ވޯކްލޯޑަކީ، މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ކިޔަވައިދެވޭ ކިޔަވައިދިނުމެވެ.

(ރ) މަތީީތައުލީމު ދޭ ކޮންމެ މަރުކަޒެއްގައި ވެސް، ކޮންމެ އަހަރަކަށް ތައުލީމީ ކަލަންޑަރެއް އޮންނަންވާނެއެވެ. އެ ކަލަންޑަރުގައި ސެމިސްޓަރތަކަށް ބަހައިގެން ކިޔަވައިދޭންޖެހޭ ޕްރޮގްރާމްތައް ކިޔަވައިދޭ ސެމިސްޓަރތަކާއި، އިމްތިހާންތަކާއި، ޗުއްޓީތައް އެނގެން އޮންނަންވާނެއެވެ. އަދި ދަރިވަރުން އެންރޯލްކޮށް ކިޔަވައިދޭންވާނީ، މި ކަލަންޑަރާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ބ) ދަރިވަރުން އެންރޯލްކުރަންވާނީ، ސެމިސްޓަރތަކުގެ އިންޓޭކާ ގުޅުވައިގެންނެވެ. 

 

5 ވަނަ މާއްދާ - އުސޫލު ހިނގާނެ ދާއިރާ 

(ހ) މި އުސޫލުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށް ސެމިސްޓަރގެ ދިގުމިނާ ގުޅޭގޮތުން އަމަލުކުރާނީ، ސެޓްފިކެޓް 4 އެޑްވާންސްޑް ސެޓްފިކެޓުން ފެށިގެން މަތީ ގެ ޕްރޮގްރާމްތަކާ 
ގުޅިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީީ ތަކުން ސެޓްފިކެޓް އެވޯޑްކުރާ ގޮތަށް އޮންނަ ޕްރޮގްރާމްތަކުގައި ބޭރުގެ ޔުނިވަރސިޓީީން ވަކި ގޮތަކަށް ސެމިސްޓަރ ކަނޑައަޅައިފައިވާ ނަމަ، އެމް.ކިއު.އޭ އަށް ހުށަހަޅައި ހުއްދަ ހޯދައިގެން ކުރިޔަށް ގެންދިއުމަށް ހުރަހެއް ނެތެވެ. މިގޮތުން ހުށަހަޅާ ޕްރޮގްރާމްތަކުގައި، އެ ޔުނިވަރސިޓީ އެއްގެ މެއިން ކެމްޕަސްގައި އެ ޕްރޮގްރާމެއް އޮންނަ ގޮތާ ހިލާފު ވަކި ގޮތަކަށް ހިންގާކަށް ހުއްދައެއް ނުކުރެވޭނެއެވެ.

 

6 ވަނަ މާއްދާ - ކިޔަވައިދިނުން 

(ހ) ސެމިސްޓަރއެއްގެ ދިގުމިނަކީ، މަދުވެގެން 15 (ފަނަރަ) ހަފުތާ ކަމަށް ވާއިރު، ކޮންމެ މޮޑިއުލަކަށް ކަނޑައަޅައިފައިވާ ކްރެޑިޓް ހަމަކުރުމަށް ޓަކައި، ސެމިސްޓަރގެ 15 (ފަނަރަ) ހަފުތާގައި ފުރިހަމަޔަށް ކިޔަވައިދޭންވާނެއެވެ. މި މުއްދަތުގެ ތެރޭގައި އިމްތިހާނާއި ޗުއްޓީ ގެ ދުވަސްތައް ސެމިސްޓަރ ތެރޭގައި ނުހިމެނޭނެއެވެ. ފުލްޓައިމްކޮށް ކިޔަވާ ދަރިވަރަކަށް އާންމު ހާލަތުގައި އެއް އަހަރުގައި ހިމެނޭ ދެ ސެމިސްޓަރގައި ޖުމުލަ އެންމެ ގިނަވެގެން ނަގައިދެވޭނެ ވޯކްލޯޑަކީ 120 (އެއްސަތޭކަ ވިހި) ކްރެޑިޓެވެ. އަދި މޮޑިއުލެއް ރިޕީޓްކުރާ ނަމަ ނުވަތަ ހާއްސަ ހާލަތްތަކުގައި ނަމަ، އެންމެ ގިނަވެގެން ނަގައިދެވޭނެ ވޯކްލޯޑަކީ 150 (އެއްސަތޭކަ ފަންސާސް) ކްރެޑިޓެވެ. ކިޔަވާ ވޯކްލޯޑް އިތުރުވިޔަސް، އެ ޕްރޮގްރާމަކަށް އެމް.އެން.ކިއު.އެފްގައި ކަނޑައެޅިފައިވާ ޖުމުލަ މުއްދަތު ކުރުކޮށްގެން ނުވާނެއެވެ.

(ށ) ސެމިސްޓަރގެ ތެރޭގައި ކިޔަވައިދޭންވާނީ، ކޮންމެ މޮޑިއުލަކަށް އެކަށީގެންވާ ލެކްޗަރަރއިން ހަމަޖެއްސުމަށްފަހު، އެ ސެމިސްޓަރއަކަށް ކަނޑައަޅައިފައިވާ ހުރިހާ މޮޑިއުލެއް ވެސް ސެމިސްޓަރ ފެށޭ އިރު ފަށާ ގޮތަށެވެ.

 

7 ވަނަ މާއްދާ - އުސޫލާ ހިލާފުވުން 

(ހ) މި އުސޫލުގައިވާ މިންގަނޑުތަކާ ހިލާފަށް ޕްރޮގްރާމްތަކަށް ދަރިވަރުން އެންރޯލްކޮށްގެން ކިޔަވައިދިނުމަކީ މަނާކަމެކެވެ. މި އުސޫލާ ހިލާފުވާ މަތީ ތައުލީމު ދޭ މަރުކަޒުތަކާ މެދު އަޅާނެ ފިޔަވަޅެއް ނިންމާނީ، އޮތޯރިޓީީ ގެ ފަރާތުން އެޑްވައިޒަރީ ބޯޑަށް ހުށަހަޅައިގެންނެވެ. 

(ށ) މި އުސޫލާ ހިލާފަށް ދަރިވަރުން ޕްރޮގްރާމްތަކަށް އެންރޯލްކޮށްގެން ކިޔަވައިދިނުން ކުރިޔަށް ގެންދާނަމަ، ތިރީގައިވާ ފިޔަވަޅުތަކުން ކުރެ ފިޔަވަޅެއް އެމް.ކިޔު.އޭގެ އެޑްވައިޒަރީ ބޯޑުން ނިންމާ ގޮތަކަށް އެޅިދާނެއެވެ.

  1. ފާހަގަކުރެވޭ މައްސަލަތައް އިސްލާހުކުރުމަށް އެކަށީގެންވާ މުއްދަތެއް ކަނޑައަޅައި، ނޯޓިސް ދިނުން؛
  2. ނޯޓިސް ދިނުމަށް ފަހު އިސްލާހު ނުކޮށްފިނަމަ، އެ ޕްރޮގްރާމަށް ދީފައިވާ ހިންގުމުގެ ހުއްދަ ބާތިލުކުރުން.

(ނ) މި މާއްދާގެ ދަށުން އަޅާ ފިޔަވަޅު އާންމުންނަށް އެނގޭނޭހެން އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - އުސޫލު އިސްލާހުކުރުން

މި އުސޫލު އިސްލާހުކުރެވޭނީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީީ ގެ އެޑްވައިޒަރީ ބޯޑަށް ހުށަހަޅައިގެން، އެ ބޯޑުންނެވެ.

 

9 ވަނަ މާއްދާ - އުސޫލަށް އަމަލުކުރަން ފެށުން

(ހ) މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

(ށ) މި އުސޫލަށް އަމަލު ކުރާން ފަށާއިރު މި އުސޫލާ ހިލާފަށް ކިޔަވައިދިނުމުގެ ކަންތައްތައް އިންތިޒާމު ކޮށްފައިވާ މަރުކަޒުންތަކުން، 4 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި، މި އުސޫލާ އެއްގޮތަށް އެންމެހައި ކަމެއް އިންތިޒާމުކޮށް ނިންމަންވާނެއެވެ.

(ނ) މި އުސޫލަށް އަމަލު ކުރާން ފަށާ ތާރީހުން ފެށިގެން 4 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި، އެ މަރުކަޒެއްގެ އެކަޑަމިކް ކަލަންޑަރާއި، ކިޔަވައިދިނުމުގެ ކަންކަން އިންތިޒާމު ކޮށްފައިވާ ގޮތް، މަތީ ތައުލީމު ދޭ ހުރިހާ މަރުކަޒަކުން ވެސް މި އޮތޯރިޓީީ އަށް ހުށަހަޅަންވާނެއެވެ.

 

މި އުސޫލަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް އުސޫލު

ދަރިވަރުން އެންރޯލްކުރުމާއި ކިޔަވައިދިނުމާ ބެހޭ އުސޫލު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2022-06)

 

މައި ގާނޫނު

މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު (ގާނޫނު ނަންބަރު 7/2021)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު