ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުސޫލު
(އުސޫލު ނަންބަރު 2022-03)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި އުސޫލު އެކުލަވައިލައިފައިވަނީ، ގާނޫނު ނަންބަރު 7/2021 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) ގެ 4 ވަނަ މާއްދާގެ (ކ) އަށް ރިއާޔަތްކޮށް، ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމާއި ތަމްރީނު ހޯދަން ބޭނުންވާ ދިވެހިންގެ ތެރެއިން އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށާއި، ކިޔަވަމުންދާ ދަރިވަރުންނަށް ލޯނުގެ ގޮތުގައި މާލީ އެހީ ދިނުމަށެވެ. ލޯނުގެ ގޮތުގައި މާލީ އެހީ ދޭނެ ދަރިވަރުން ކަނޑައެޅުމުގައި ބޭނުންކުރާނެ މިންގަނޑުތަކާއި، ލޯނު ދޭނެ ކަންތައްތަކާއި، ލޯނުގެ ބޭނުންހިފުމާއި، ލޯނު އަނބުރާ ދެއްކުމާ ގުޅޭ ކަންކަން މި އުސޫލުގައި ބަޔާންކޮށްފައިވާނެއެވެ.
(ށ) މި އުސޫލަށް ކިޔަނީ، "ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީ މާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުސޫލު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި އުސޫލުގެ މަގުސަދަކީ، މަތީ ތައުލ މާއި ތަމްރީނުގެ މަރުހަލާއެއްގައި ކިޔެވުމަށް ށަރުތު ހަމަވާ ދަރިވަރުންނަށް، ލޯނުގެ ގޮތުގައި މާލީ އެހީ ދީގެން، ތަމްރީނު ހޯދުމާއި، މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމެވެ.
3 ވަނަ މާއްދާ - މާނަ
މި އުސޫލުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީ ގައި ދީފައިވާ މާނައެވެ.
(ހ) "މަތީ ތައުލީމާއި ތަމްރީނު" ކަމަށް ބުނެފައި އެ ވަނީ ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު، މޯލްޑިވްސް ނޭށަނަލް ކޮލިފިކޭށަންސް ފްރޭމްވާރކް (އެމް.އެން.ކިޔު.އެފް) ގެ ލެވެލް 5 އިން ފެށިގެން ލެވެލް 10 ގެ ނިޔަލަށް ހުރި ކޯޯސްތަކަށާއި، މިނިސްޓްރީން ކަނޑައަޅައި އާންމުކުރާ ޕްރޮފެށަނަލް ޕްރޮގްރާމްތަކަށް ނުވަތަ ލައިސަންސް ޕްރޮގްރާމްތަކަށެވެ.
(ށ) "އެމް.އެން.ކިއު.އެފް" ކަމަށް ބުނެފައި އެ ވަނީ ، މޯލްޑިވްސް ނޭށަނަލް ކޮލިފިކޭށަންސް ފްރޭމްވާރކްއަށެވެ.
(ނ) "ފުލްޓައިމް" ކަމަށް ބުނެފައި އެ ވަނީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީ (އެމް.ކިއު.އޭ) އިން ފުލްޓައިމް ކޯސްކަމަށް ކަނޑައަޅައިފައިވާ މިންގަނޑަށް ފެތޭ ކޯސްތަކަށެވެ. އެއީ، މަދުވެގެން އަހަރަކު 120 (އެއްސަތޭކަ ވިހި) ކުރެޑިޓް އަވާރސްގެ ރޭޓުން ފުރިހަމަކުރާ ކޯސްތަކެވެ.
(ރ) "މިނިސްޓްރ" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭށަނަށެވެ.
(ބ) "ފުލް ސްކޮލަރށިޕް" ކަމަށް ބުނެފައި އެވަނީ، ޓިއުށަން ފީ ހިލޭ ލިބޭގޮތަށް ކިޔެވުން ފުރިހަމަކުރުމަށް ލިބޭ ފުރުސަތަށެވެ.
4 ވަނަ މާއްދާ - ލޯނުގެ ކެޓަގަރީތައް
މި އުސޫލުގެ ދަށުން ލޯނު ދިނުމަށް ހަމަޖެހިފައިވަނީ، 2 (ދޭއް) ކެޓަގަރީ އަކަށެވެ. އެއީ، އަލަށް ކިޔަވަން ފަށާ ދަރިވަރުންގެ ކެޓަގަރީ އާއި، މިހާރު ކިޔަވަމުންދާ ދަރިވަރުންގެ ކެޓަގަރ އެވެ.
(ހ) އަލަށް ކިޔަވަން ފަށާ ދަރިވަރުން:
އަަލަށް ކިޔަވަން ފަށާ ދަރިވަރުންގެ ގޮތުގައި ބަލާނީ، 1 ޖަނަވަރ 2022 ގެ ފަހުންކިޔަވަން ފަށާ ދަރިވަރުންނެވެ.
(ށ) މިހާރު ކިޔަވަމުންދާ ދަރިވަރުން:
މިހާރު ކިޔަވަމުންދާ ދަރިވަރެއްގެ ގޮތުގައި ބަލާނީ، 1 ޖަނަވަރީ 2022 ގެ ކުރިން ކޯހެއްގައި ކިޔަވަން ފަށައިފައިވާ ދަރިވަރުންނެވެ.
(ނ) މިހާރު ކިޔަވަމުންދާ ދަރިވަރުންގެ ކެޓެގަރީން އެޕްލިކޭށަން ހުށަހަޅާ ދަރިވަރުން މިހާރު ކިޔަވަމުންދާކަމާއި، ކޯސް ނިންމުމަށް އޮތް މުއްދަތު އެނގޭނެ، ކިޔަވަމުންދާމަރުކަޒުގެ ލިޔުމެއް ހުށަހަޅަންވާނެއެވެ.
5 ވަނަ މާއްދާ - ލޯނުގެ ގޮތުގައި މާލީ އެހީ ދިނުމުގެ ށަރުތުތައް
މި އުސޫލުގެ ދަށުން ލޯނުގެ ގޮތުގައި މާލީ އެހީ ދޭނީ، އަންނަނިވި ށަރުތުތައް ހަމަވާ ފަރާތްތަކަށެވެ.
(ހ) އުމުރުން 16 (ސޯޅަ) އަހަރު ފުރިފައިވާ، ދިވެހި ރައްޔިތަކަށް ވުން.
(ށ) ފުލްޓައިމް ދަރިވަރެއްގެ ގޮތުގައި ކިޔަވަން ހުށަހެޅުން.
(ނ) އެދޭ ކޯހަކީ، މޯލްޑިވްސް ނޭށަނަލް ކޮލިފިކޭށަންސް ފްރޭމްވާރކްގެ ލެވެލް 5 އިން ފެށިގެން 10 ގެ ނިޔަލަށް ހުރި ކޯސްތަކުގެ ތެރެއިން ކޯހެއް ކަމުގައި ވުން، ނުވަތަ މި އުސޫލުގެ ޖަދުވަލު 1 ގައި ކަނޑައަޅައިފައިވާ ޕްރޮފެށަނަލް ޕްރޮގްރާމަކަށް ވުން ނުވަތަ ލައިސަންސް ޕްރޮގްރާމަކަށް ވުން.
(ރ) ކިޔަވަން ހުށަހަޅާ ކޯހުގެ ސަނަދަކީ، ހާސިލުކޮށްފައިވާ އެންމެ މަތީ ސަނަދަށްވުރެ މަތީ ފެންވަރުގެ ސަނަދެއް ކަމުގައި ވުން. ލައިސެންސް ޕްރޮގްރާމަކުން ނުވަތަ ޕްރޮފެށަނަލް ޕްރޮގްރާމަކުން ކިޔެވުމަށް ހުށަހަޅާނަމަ، މޯލްޑިވްސް ނޭށަނަލް ކޮލިފިކޭށަންސް ފްރޭމްވާރކްގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި ނުވުން ނުވަތަ އެއަށްވުރެ މަތ ސަނަދެއް ހާސިލުކޮށްފައި ނުވުން.
(ބ) ލޯނު ހޯދައިގެން ކިޔަވަން ހުށަހަޅާ ފެންވަރަށް ކިޔެވުމުގެ ހުރިހާ ހަރަދެއް ދައުލަތުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހެން މުއައްސަސާއަކުން ނުވަތަ އެހެން ފަރާތަކުން ނަމަވެސް ހިލޭ ނުވަތަ ލޯނެއް ގޮތުގައި ހަމަޖެހިފައި ނެތުން.
(ޅ) މިނިސްޓްރީ މެދުވެރިވެގެން ކުރިން ލޯނު ނަގައި، ލޯނުގެ ފައިސާ ގަވާއިދުން އަނބުރާ ދައްކަމުން އަންނަ ފަރާތަކުން މި ސްކީމުގެ ދަށުން ލޯނަކަށް އެދޭނަމަ، އެއްބަސްވެފައިވާ ގޮތަށް ކުރީގެ ލޯނު ދެއްކުމުގެ އިންތިޒާމު ހަމަޖެހިފައިވުމާއެކު، ލޯނަށް އެދި ހުށަހަޅާއިރު ކުރީ ގެ ލޯނުގެ ޑިފޯލްޓެއް ނެތުން.
(ކ) ލޯނު ނެގި ފަރާތުން އެއްވެސް ސަބަބަކާހުރެ ފައިސާ ނުދައްކައިފިނަމަ، އެ ފައިސާ ދެއްކުމުގެ މަސްއޫލިއްޔަތު އުފުލުމަށް ގެރެންޓަރ އެއްބަސްވުން. މި މާއްދާގެ ބޭނުމަށް ކަނޑައަޅާ ގެރެންޓަރަކީ އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދަރިވަރުގެ އާއިލީ މެންބަރަކަށްވާންވާނެއެވެ. މި މާއްދާގެ ބޭނުމަށް އާއިލ މެންބަރެއް ކަމަށް ބަލާނީ، ލޯނަށް އެދޭ ފަރާތުގެ ބައްޕަ، ނުވަތަ މަންމަ، ނުވަތަ އެއްބަނޑުއެއްބަފާ/އެއްބަނޑު/އެއްބަފާ ދައްތަ، ނުވަތަ ބޭބެ، ނުވަތަ ކޮއްކޮ، ނުވަތަ މައިފުށު/ބަފައިފުށު ބޮޑުބޭބެއެއް، ނުވަތަ ބޮޑުދައިތައެއް، ނުވަތަ ލޯނަށް އެދޭ ފަރާތުގެ އަމިއްލަ ދަރިއެއް ނުވަތަ ގާނޫނީ ގޮތުން ބެލެނިވެރިކަން މަތިކޮށްފައިވާ ފަރާތެކެވެ.
(އ) ލޯނުގެ ފައިސާ ޖަމާކޮށްދޭނީ، މިނިސްޓްރީ އާއި ދަރިވަރާ ދެމެދު ވެވޭ، މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު އެހީ ގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހުގައެވެ.
(ވ) ކިޔެވުމަށް އެދި ހުށަހަޅާ ކޯހަކީ، ލޯނުގެ ގޮތުގައި މާލީ އެހީ އަށް އެދި އެޕްލިކޭށަން ފޯމު ހުށަހަޅާއިރު، ދަރިވަރުގެ ކިބައިގައި ހުރި ތައުލީމީ ފެންވަރުގެ މައްޗަށް ބިނާކޮށްގެން ޕްލޭސްމެންޓް ލިބޭފަދަ ކޯހަކަށް ވުން.
(މ) ކިޔަވަން އެދޭ ކޯހަކީ، މި އުސޫލުގެ ޖަދުވަލު 3 ގައި ހިމަނައިފައިވާ "ނޭށަނަލް ޓްރެއިނިންގ ނީޑްސް ލިސްޓް" ގައި ހިމެނޭ ދާއިރާގެ ކޯހަކަށް ވުން.
(ފ) ރާއްޖެއިން ބޭރުގައި ކިޔަވަން އެދޭނަމަ، އެ ކޯހަކ މި އުސޫލުގެ ޖަދުވަލު 6 ގައި ބަޔާންކޮށްފައިވާ ރާއްޖޭގައި ފުރިހަމަކުރެވޭ ކޯސްތަކުގެ ލިސްޓުގައި ނުހިމެނޭ ކޯހެއް ކަމުގައި ވުން. މި މާއްދާއިން، މި އުސޫލުގެ 5 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކާއި، މި އުސޫލުގެ 4 ވަނަ މާއްދާގެ (ށ) ގައިވާ ކެޓެގަރ ގައި ހިމެނޭ ފަރާތްތައް އިސްތިސްނާވާނެއެވެ.
(ދ) ރާއްޖެއިން ބޭރުގައިވާ ދިވެހި އެމްބަސް ތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި، އެ ފަރާތްތަކުގެ އާއިލާ ނުވަތަ ގާނޫނ ގޮތުން ބެލެނިވެރިކަން މަތިކޮށްފައިވާ ފަރާތްތައް، މި އުސޫލުގެ 5 ވަނަ މާއްދާގެ (ފ) އިން އިސްތިސްނާވާނެއެވެ. މި ހާލަތުގައި އާއިލާގެ ގޮތުގައި ބެލެވޭނީ، އެ ފަރާތެއްގެ މަންމަ، ނުވަތަ ބައްޕަ،ނުވަތަ ދަރިން، ނުވަތަ ގާނޫނީ ގޮތުން ބެލެނިވެރިކަން މަތިކޮށްފައިވާ ފަރާތްތަކެވެ.
(ތ) ލައިސަންސް ޕްރޮގްރާމަކުން ނުވަތަ ޕްރޮފެށަނަލް ޕްރޮގްރާމަކުން ކިޔެވުމަށް ހުށަހަޅާނަމަ، އެފަދަ ލައިސަންސަށް ހުއްދަ ދޭ ފަރާތަކުން ގަބޫލުކުރާ މަރުކަޒަކުން ހިންގާ ކޯހެއް ކަމުގައިވުން. އަދި ލައިސަންސް ޕްރޮގްރާމްތަކަށް ނުވަތަ ޕްރޮފެށަނަލް ޕްރޮގްރާމްތަކަށް މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ކޯސް ގަބޫލުކުރާކަމުގެ ލިޔުމެއް ހުށަހަޅަންވާނެއެވެ.
(ލ) މިނިސްޓްރީން އިއުލާނު ކޮށްފައިވާ ފުލް ސްކޮލަރށިޕަކަށް ހޮވިފައިވާކަމަށް ސްކޮލަރށިޕް ދޭ ފަރާތުން އަންގައިފައިވާ ފަރާތެއް ކަމުގައި ނުވުން.
6 ވަނަ މާއްދާ - ލޯނުގެ ގޮތުގައި މާލީ އެހީއަށް އެދުން
(ހ) ލޯނުގެ ގޮތުގައި މާލީ އެހީ އަށް އެދި ހުށަހަޅާނީ، މިނިސްޓްރީން އިއުލާނު ކުރުމުން، އެކަމަށް ޓަކައި ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް، އޭގައި ބަޔާންކުރާ ހުރިހައި ލިޔުންތަކާ އެކުގައެވެ.
(ށ) ލޯނުގެ ގޮތުގައި މާލީ އެހީ އަށް އެދޭ ކޮންމެ ދަރިވަރަކު ވެސް ހުށަހަޅަންވާނީ، 1 (އެކެއް) އެޕްލިކޭށަނެވެ. 1 (އެކެއް) އެޕްލިކޭށަނަށްވުރެ ގިނަ އެޕްލިކޭށަން ހުށަހަޅައިފިނަމަ، އެ ދަރިވަރެއްގެ އެޕްލިކޭށަންތައް ބާތިލުވާނެއެވެ.
7 ވަނަ މާއްދާ - ފުރުސަތު ދޭ ގައުމުތަކާއި ކޯސްތައް
(ހ) ލޯނު ދިނުމަށް ހުޅުވައިލައިފައިވާ ފުރުސަތުތަކުގެ ތަފުސީލު، މި އުސޫލުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާނެއެވެ.
(ށ) މި އުސޫލުގައިވާ ގޮތުން ކިޔަވަން އެދޭ ކޯހަކީ، ތިރީ ގައި ބަޔާންކޮށްފައިވާ ލެވަލްގެ ކޯހަކަށް ވާންވާނެއެވެ. އަދި ތިރީގައި ބަޔާންކޮށްފައިވާ މުއްދަތުގެ ކޯހަކަށް ވެސް ވާންވާނެއެވެ.
- ޑިޕްލޮމާ ކޯހެއްނަމަ، 2 (ދޭއް) އަހަރުދުވަހުގެ ކޯހެއް ކަމުގައި ވުން، ނުވަތަ އެއަށްވުރެ ކުރު ކޯހެއް ކަމުގައި ވުން؛
- ބެޗްލަރސް ޑިގްރީ ނުވަތަ ބެޗްލަރސް އޮނާސްއާއެކު ހަދާ ކޯހެއް ނަމަ، 3 (ތިނެއް) އަހަރުދުވަހުގެ ކޯހެއް ކަމުގައި ވުން، ނުވަތަ 4 (ހަތަރެއް) އަހަރުދުވަހަށްވުރެ ދިގު މުއްދަތެއްގެ ކޯހެއް ކަމުގައި ނުވުން؛
- މާސްޓަރސް ޑިގްރީ އެއް ނަމަ، 2 (ދޭއް) އަހަރުދުވަހުގެ ކޯހެއް ކަމުގައި ވުން، ނުވަތަ އެއަށްވުރެ ކުރު ކޯހެއް ކަމުގައި ވުން؛
- ޑޮކްޓޯރަލް ޑިގްރީއެއް ނަމަ، 4 (ހަތަރެއް) އަހަރުދުވަހުގެ ކޯހެއް ކަމުގައި ވުން، ނުވަތަ އެއަށްވުރެ ކުރު ކޯހެއް ކަމުގައި ވުން؛
- ޕައިލެޓް ލައިސަންސް ނަމަ، 2 (ދޭއް) އަހަރުދުވަހަށް ވުރެ ދިގު ނުވުން؛
- އެމް.ބީ.ބީ.އެސް. ލައިސަންސް ނަމަ، 6 (ހައެއް) އަހަރުދުވަހަށް ވުރެ ދިގު ނުވުން؛
- އެހެނިހެން ލައިސަންސް ޕްރޮގްރާމްތަކުން ނަމަ، 3 (ތިނެއް) އަހަރުދުވަހަށް ވުރެ ދިގު ނުވުން.
(ނ) ލޯނުގެ ދަށުން ތައުލީމާއި ތަމްރީނު ހޯދުމަށް، ކޮންމެ ގައުމަކަށް ވެސް ދެވިދާނެއެވެ. ލޯނުގެ ދަށުން ދޭން ކަނޑައަޅައިފައިވާ ހުރިހާ ހަރަދެއް ދޭނީ، މި އުސޫލުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ގައުމުތަކުންކުރެ ގައުމެއްގައި، ބަޔާންކޮށްފައިވާ
ކެޓެގަރީން ކިޔެވުމަށެވެ. އެނޫން ގައުމެއްގައި ކިޔެވުމަށް ލޯނު ދޭނީ، މި އުސޫލުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ގައުމުތަކުގެ ތެރެއިން ދަރިވަރު އިހުތިޔާރުކުރާ ގައުމަކަށް ކަނޑައަޅައިފައިވާ ރޭޓުންނެވެ.
(ރ) ދިވެހިރާއްޖޭގައި ކިޔެވުމަށް ހުޅުވައިލައިފައިވާ ފުރުސަތެއް، ބޭރު ގައުމެއްގައި ކިޔެވުމަށް ބަދަލެއް ނުކުރެވޭނެއެވެ.
(ބ) ލޯނުގެ ފުރަތަމަ އިންސްޓޯލްމަންޓުގެ ފައިސާ ޖަމާކުރުމަށްފަހު، އެހެން ގައުމަކަށް ކިޔެވުން ބަދަލުކުރުމަށް އެދިއްޖެނަމަ، އެކަން ކޮށްދޭނީ، ލޯނުގެ ދަށުން ކިޔަވަން ފުރަތަމަ އެދުނު ގައުމުގެ ރޭޓުން، ލޯނުގެ ޖުމުލަ އަދަދު އިތުރުކޮށް ނުދެވޭ ގޮތަށެވެ.
(ލ) ލޯނުގެ ދަށުން ކިޔަވަންވާނީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ގަބޫލުކުރާ މަރުކަޒެއްގައި، އެ އޮތޯރިޓީން ގަބޫލުކުރާ ކޯހެކެވެ. މި މާއްދާއިން އިސްތިސްނާވާނީ، މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ޕްރޮގްރާމްތަކުން ކިޔެވުމަށެވެ.
(ކ) ޕްރޮފެށަނަލް ދާއިރާތަކުން ނުވަތަ ލައިސެންސިންގ ދާއިރާތަކުން ކޯސް ހެދުމަށް ފުރުސަތު ދޭނީ، ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް މިޑްވައިފްރ އެންޑް ނަރސިންގ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭށަން އޮތޯރިޓީ) ކޯހަށް ކަނޑައަޅައިފައިވާ ށަރުތުތައް ފުރިހަމަވުމާއެކު، ގަބޫލުކުރާ މަރުކަޒެއްގައި، ގަބޫލުކުރާ ކޯހެއް ފުރިހަމަކުރުމަށެވެ.
8 ވަނަ މާއްދާ - ލޯނުގެ ގޮތުގައި މާލީ އެހީ ދޭނެ ފަރާތްތައް ކަނޑައެޅުމަށް އިސްކަންދޭނެ ތަރުތީބު
މި އުސޫލުގެ ތެރެއިން ލޯނު ދިނުމަށް ދަރިވަރުން ހޮވުމަށް އިސްކަންދޭނީ، މި އުސޫލުގެ ޖަދުވަލު 4 ގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
9 ވަނަ މާއްދާ - ފުރުސަތުގެ ބޭނުން ހިފުމަށް ދޭ މުއްދަތު
(ހ) ކިޔެވުމަށް އެދި ހުށަހަޅައިފައިވާ ކޯސް ފެށުމަށް ލިބޭނީ، ލޯނު ހަމަޖެހުނުކަން އަންގާ ލިޔުމުގައިވާ ތާރީހުން ފެށިގެން 18 (އަށާރަ) މަސްދުވަހެވެ. މި މުއްދަތުގެ ތެރޭގައި ސަބަބު ބަޔާންކޮށް މިނިސްޓްރީ އަށް ލިޔުމުން ހުށަހަޅައިގެން މުއްދަތު އިތުރުކޮށް ކޯސް ނުފަށައިފިނަމަ، ލޯނުގެ ފުރުސަތު ބާތިލުވާނެއެވެ.
(ށ) ލޯނު ހަމަޖެހުނުކަން އަންގާ ލިޔުން ލިބުމަށްފަހު، މިނިސްޓްރީ ގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާ "މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނުގެ ފައިސާ ދޫކުރުމަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު، ލޯނު ފައިސާ ލިބެން ބޭނުންވާ ދުވަހުގެ 20 (ވިހި) ދުވަހުގެ ކުރިން (ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި) މިނިސްޓްރ އަށް ހުށަހަޅަންވާނެއެވެ.
(ނ) ލޯނު ލިބިފައިވާ ދަރިވަރަކަށް، ކަނޑައެޅިފައިވާ މުއްދަތުގައި ކޯސް ނުނިންމިއްޖެ ހާލަތެއްގައި، ކޯސް ނުނިމުނު ސަބަބު ބަޔާންކޮށް މިނިސްޓްރީއަށް އަންގައި، ކޯހުގެ ބާކީބައި ފަސްކުރުމުގެ ހުއްދަ މަރުކަޒުން ލިބިފައިވާކަމުގެ ލިޔުން މިނިސްޓްރ އަށް ހުށަހަޅަންވާނެއެވެ.
10 ވަނަ މާއްދާ - ލޯނުގެ ގޮތުގައި މާލީ އެހ ދޭނެ ކަންކަން
(ހ) ރާއްޖެއިން ބޭރުގައި ކިޔެވުމަށް ލޯނު ފައިސާ ދޫކުރާނޫ، އަންނަނިވި ކަންކަމަށް މިނިސްޓްރީން ކަނޑައަޅާ އަދަދުތަކަކަށެވެ.
- ކޯހާ ގުޅޭގޮތުން ކިޔަވާ މަރުކަޒަށް ދައްކަންޖެހޭ ފީ؛
- ކޯހުގައި ހުންނަ މުއްދަތުގައި ދިރިއުޅުމުގެ ހަރަދު (ސްޓައިޕެންޑް)؛
- އަލަށް ކިޔަވަން ފަށާ ދަރިވަރުން ކޯސް ފެށުމަށް ޓަކައި، ކިޔަވާ މަރުކަޒު ހުންނަ ރަށަށް ށެޑިއުލްޑް ފްލައިޓެއްގައި އެންމެ ފަސޭހައިން ދެވޭނެ އެއަރޕޯޓަކަށް ދިޔުމަށާއި، ކޯސް ނިމުމުން، ކިޔެވި މަރުކަޒު ހުންނަ ރަށުގެ
އެއަރޕޯޓަކުން އެ ދަރިވަރެއްގެ ރަށަށް އެންމެ ފަސޭހައިން ދެވޭނެ އެއަރޕޯޓަކަށް ދަތުރު ކުރާނެ ޓިކެޓް؛ - ކޯހުގެ މުއްދަތުގައި ފެށޭ ކޮންމެ ދިރާސީ އަހަރަކަށް، ބުކް އެލަވަންސް؛
- ކޯސް އަލަށް ފަށާ ދަރިވަރުންނަށް އެސްޓެބްލިށްމެންޓް އެލަވަންސް 1 (ފަހަރު)؛
- ކޯސް ނިމިގެން އެނބުރި އައުމަށް ޑިޕާޗަރ އެލަވަންސް؛
- ކޯހުގެ މުއްދަތުގައި ފެށޭ ކޮންމެ ދިރާސ އަހަރަކަށް، ކިޔަވާ މަރުކަޒުން ކަނޑައަޅައިފައިވާ ގޮތެއްގެ މަތިން ހެލްތް އިންށުއަރެންސް؛
- ކިޔަވާ މަރުކަޒުން ކަނޑައަޅައިފައިވާ ގޮތަކަށް ވިސާ ފީ؛
- ދިވެހި ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީ އަށް ކިޔަވަމުންދާ ދަރިވަރަކުރާއްޖެއިން ބޭރުގައި ކިޔެވުމަށް ލޯނު ދެވޭނީ، ފުރަތަމަ ޑިގްރީ އަށް ކިޔަވަމުންދާ ކޯހުގެ ނިމިފައިވާ ބަޔަށް އެޑްވާންސްޑް ސްޓޭންޑިންގ ލިބޭނަމައެވެ. ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާ ކޯހުގެ ނިމިފައިވާ ބަޔަށް އެޑްވާންސްޑް ސްޓޭންޑިންގ ނުލިބޭ ހާލަތްތަކުގައި، ދިވެހި ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް އެ ދަރިވަރަކަށް އެ ހިނދަށް ކޮށްފައިވާ ހަރަދު މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން ދައްކަން އެއްބަސްވާނަމައެވެ.
(ށ) ރާއްޖޭގައި ކިޔެވުމަށް ލޯނު ފައިސާ ދޫކުރާނީ، އަންނަނިވި ކަންކަމަށް މިނިސްޓްރީން ކަނޑައަޅާ އަދަދުތަކަށެވެ.
- އަލަށް ކިޔަވަން ފަށާ ދަރިވަރުން ކޯސް ފެށުމަށް ޓަކައި، ކިޔަވާ މަރުކަޒު ހުންނަ ރަށަށް ވައިގެމަގުން/ކަނޑުމަގުން ދިޔުމަށާއި، ކޯސް ނިމުމުން ކިޔެވި މަރުކަޒު ހުންނަ ރަށުން ވައިގެމަގުން/ކަނޑުމަގުން އައުމަށް ދަތުރު ކުރާނެ ޓިކެޓް ހަރަދު؛
- މަރުކަޒެއްގައި އެންރޯލްވެގެން ކިޔަވާނަމަ، ކޯހާ ގުޅޭގޮތުން ކިޔަވާ މަރުކަޒަށް ދައްކަންޖެހޭ ފީ؛
- ކޯހުގެ މުއްދަތުގައި ފެށޭ ކޮންމެ ދިރާސީ އަހަރަކަށް، ބުކް އެލަވަންސް؛
- ކޯހުގައި ހުންނަ މުއްދަތުގައި ދިރިއުޅުމުގެ ހަރަދު (ސްޓައިޕެންޑް)؛
- ރާއްޖޭގައި ތިބެގެން، ރާއްޖެއިން ބޭރުގެ މަރުކަޒުތަކުން ހިންގާ ކޯސްތަކުގައި ކިޔެވުމަށް ލޯނު ފައިސާ ދޫކުރާނީ، މި އުސޫލުގެ 10 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތ ންނެވެ.
- ދިވެހި ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވަން ފައިސާ ދިނުމުގެ އުސޫލުގެ ދަށުން އެ ސްކީމުގައި ކިޔަވާ ދަރިވަރަކު، ލޯން ސްކީމުގެ ދަށުން ރާއްޖޭގައި ކިޔެވުމަށް ހޮވިއްޖެނަމަ، އެ ދަރިވަރަކަށް ފުރަތަމަ ޑިގްރީސްކީމުގެ ދަށުން ހަމަޖެހިފައިނުވާ ޓިއުށަންފީގެ ބަޔާއި، 10 ވަނަ މާއްދާގެ (ށ) ގެ ދަށުން ދިނުމަށް ކަނޑައަޅައިފައިވާ އެހެނިހެން ހަރަދުތައް ދެވޭނެއެވެ.
11 ވަނަ މާއްދާ - ލޯނުގެ ޖުމުލަ އަދަދު ކަނޑައެޅުން
(ހ) ލޯނުގެ ޖުމުލަ އަދަދު ކަނޑައަޅާނީ، މި އުސޫލުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަރަދުތަކަށް ރިއާޔަތް ކުރުމަށްފަހު، މިނިސްޓްރ ންނެވެ. ނަމަވެސް ލޯނުގެ ގޮތުގައި ކަނޑައެޅޭ މިންވަރަށްވުރެ މަދު މިންވަރަކަށް އެދުމުގެ އިހުތިޔާރު ދަރިވަރުންނަށް ލިބިގެންވެއެވެ.
(ށ) ލޯނުގެ ފައިސާ ޖަމާކުރެވޭނ އުސޫލެއްގެ ގޮތުން ހަމައެކަނި ލޯނު ލިބޭ ދަރިވަރުގެ ނަމުގައި ބޭންކެއްގައި ހުޅުވައިފައި އޮންނަ ދިވެހި ރުފިޔާގެ އެކައުންޓަކަށެވެ. ނަމަވެސް ލޯނު ލިބޭ ދަރިވަރު ރާއްޖެއިން ބޭރުގައި ހުރުމުގެ ސަބަބުން، އިގްރާރުގައި ސޮއިކުރަން ހާޒިރުނުވެވޭ ހާލަތުގައި، އެ ދަރިވަރު ކަނޑައަޅާ، މި އުސޫލުގެ 5 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ފަދަ ފަރާތަކުން އިގްރާރުގައި ސޮއިކުރުމުންނެވެ. މި ހާލަތުގައި އިގްރާރުގައި ސޮއިކުރާ ފަރާތުގެ ނަމުގައި ބޭންކެއްގައި ހުޅުވައިފައި އޮންނަ ދިވެހި ރުފިޔާގެ އެކައުންޓަކަށް ފައިސާ ޖަމާކޮށްދެވިދާނެއެވެ. އަދި ލޯނު އަނބުރާ އަދާކުރުމުގެ މަސްއޫލިއްޔަތު އުފުލަންވާނީ ވެސް އިގްރާރުގައި ސޮއިކުރި ފަރާތުންނެވެ.
(ނ) ލޯނުގެ ފައިސާ ދޫކުރާނީ އިންސްޓޯލްމަންޓުގެ ގޮތުގައެވެ. ކޮންމެ އަހަރު 2 (ދޭއް) އިންސްޓޯލްމަންޓެވެ. ފުރަތަމަ އިންސްޓޯލްމަންޓަށްފަހު، ދެން ކޮންމެ ފަހަރަކުވެސް އިންސްޓޯލްމަންޓަށް އެދެންވާނީ، ދަރިވަރު ކިޔަވަމުންދާކަން މިނިސްޓްރީއަށް ކަށަވަރު ކުރެވޭ ފަދަ ލިޔުމެއް މަރުކަޒު މެދިވެރިކޮށް މިނިސްޓްރ އަށް ފޮނުވުމަށް ފަހުގައެވެ.
12 ވަނަ މާއްދާ - ލޯނުގެ ގޮތުގައި މާލީއެހީ ގެ ފައިސާ އަނބުރާ ސަރުކާރަށް ދެއްކުން
(ހ) ލޯނުގެ ގޮތުގައި ނެގި ފައިސާއާއި، ލޯނު ދޫކުރުމަށް ދިން ހިދުމަތުގެ އެޑްމިނިސްޓްރޭޓިވް ޗާޖުގެ ގޮތުގައި އެ ފައިސާގެ %1 (އެކެއް އިންސައްތަ) އަށްވާ ޖުމުލަ މިންވަރު، ކޯސް ނިމޭ ތާރީހުން ފެށިގެން، ލަސްވެގެން 7 (ހަތެއް) ވަނަ މަހުން ފެށިގެން، ކަނޑައެޅިފައިވާ އެކައުންޓަކަށް އަނބުރާ ދައްކަން ފަށަންވާނެއެވެ. ކޯސް ނިމޭ ތާރީހު ކަމުގައި ބަލާނ ، ތައުލީމު ހާސިލުކުރާ މަރުކަޒުން ދޫކޮށްފައިވާ ލިޔުމުގައިވާ ތާރީހެވެ.
(ށ) ލޯނު އަދާކުރަން ފެށުމަށްފަހު، މުޅި ލޯނު އަދާކޮށް ނިމެންދެން، ތާވާލާ އެއްގޮތަށް ފައިސާ އަނބުރާ ދައްކަމުން ގެންދަންވާނެއެވެ. ލޯނު އަދާކުރަންޖެހޭ ފަރާތް ރާއްޖެއިން ބޭރަށް ދިޔަ ނަމަވެސް، ލޯނު އަދާކުރުމުގެ އިންތިޒާމު ހަމަޖައްސައި އެކަން މިނިސްޓްރީއަށް އަންގައިފައި އޮންނާންވާނެވެ.
(ނ) ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތު ކަނޑައަޅާނީ، ލޯނުގެ ގޮތުގައި ނަގާ ފައިސާގެ ޖުމުލަ އަދަދުގެ މައްޗަށް ބިނާކޮށެވެ. ލޯނު އަދާކުރުމަށް ކަނޑައަޅައިފައިވާ މުއްދަތު، މި އުސޫލުގެ ޖަދުވަލު 5 ގައި ބަޔާންކޮށްފައި ވާނެއެވެ.
(ރ) ތައުލީމު ހާސިލުކުރަމުންދާ މަރުކަޒުން އެއްވެސް ސަބަބަކާހުރެ ވަކިކޮށްފިނަމަ، ނުވަތަ ކޯސް ހުއްޓައިލައިފިނަމަ، ނުވަތަ ކޯހުން ފެއިލްވެއްޖެނަމަ، އެކަން މިނިސްޓްރ އަށް އަންގަންވާނެއެވެ. އަދި އެހައިތަނަށް އެ ދަރިވަރަކަށް ކޮށްފައިވާ ޖުމުލަ ހަރަދު، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން އަނބުރާ އަދާކުރަންވާނެއެވެ.
(ބ) ލޯނު ނެގި ފަރާތަށް އެއްވެސް ސަބަބަކާ ހުރެ ފައިސާ ނުދައްކައިފިނަމަ، އެ ފައިސާ ދައްކަންވާނީ، އެ މަސްއޫލިއްޔަތު އުފުލުމަށް އެއްބަސްވެ ސޮއިކުރި ގެރެންޓަރއެވެ.
(ޅ) ލޯނު ނެގީއްސުރެ ލޯނު އަނބުރާ އަދާކޮށް ނިމުމާ ދެމެދު ލޯނު އަދާކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ އެއްވެސް ފަރާތަކާ ގުޅޭނެ މައުލޫމާތަކަށް ބަދަލެއް އަތުވެއްޖެނަމަ، އެކަން ލިޔުމުން 7 (ހަތެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް އަންގަންވާނެއެވެ.
(ކ) )ކ( ލޯނު ފައިސާ އަދާކުރަމުން ނުދާނަމަ، އެ ފައިސާ ހޯދުމުގެ މަސައްކަތް ށަރުއ ކޯޓު
މެދުވެރިކޮށް ކުރިޔަށް ގެންދިޔުމުގެ އިހްތިޔާރު މިނިސްޓްރ އަށް ލިބިގެންވެއެވެ.
13 ވަނަ މާއްދާ - އާންމު ބައިތައް
(ހ) މި އުސޫލުގެ ޖަދުވަލު 3 ގައި ހިމެނޭ ދާއިރާތަކުގެ ތެރެއިން އެއްވެސް ދާއިރާއަކަށް ލޯނު ދޭނެ ފުރުސަތުގެ އަދަދު ވަކިން ކަނޑައަޅައި އިއުލާނުކޮށްފިނަމަ، އެ ދާއިރާ އެ އިއުލާނުގެ ބޭނުމަށް ޓަކައި އެ ވަގުތަށް ނޭށެނަލް ޓްރެއިނިންގ ނީޑްސް ލިސްޓުން އުނިވީއެވެ. އެހެންކަމުން، އެފަދަ ދާއިރާއަކުން ލޯނު ހޯދުމަށް އެދެންވާނީ، ކަނޑައެޅިފައިވާ ފުރުސަތުތަކުގެ ތެރެއިންނެވެ.
(ށ*) ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ސްލޮޓަކަށް ލޯނަށް ކުރިމަތިލާނަމަ، ކަމާ ގުޅޭ ސަރުކާރުގެ އިދާރާގެ ދަފުތަރުގައި ރަޖިސްޓަރ ވެފައިވާކަން އަންގައިދޭ ލިޔުމެއްގެ ކޮޕ ހުށަހަޅަންވާނެއެވެ.
(ނ) މި އުސޫލުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ އެއްވެސް ސްލޮޓަކަށްކަނޑައަޅައިފައިވާ އަދަދަށް ދަރިވަރުން ނުހޮވޭނަމަ، އެ ސްލޮޓްތަކަށް ޖާގަ ފުރާނީ، މި އުސޫލުގެ ޖަދުވަލު 4 ގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތަށެވެ.
(ރ) ޖަދުވަލު 4 ގައި ބަޔާންކޮށްފައިވާ ފަދައިން ރާއްޖެއިން ބޭރުގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ކިޔެވުމަށް ދޭ ފުރުސަތުގައި، އިވެލުއޭޓް ކުރެވޭ ކްރައިޓީރިއާއަކީ ކޯސް ނިންމުމަށް އޮންނަ މުއްދަތެވެ. ކޯސް ނިންމުމަށް އެންމެ ކުރު މުއްދަތެއް އޮތް ފަރާތްތައް ކަނޑައަޅައިފައިވާ ޖާގައަށް ހޮވޭނެއެވެ. މި ކެޓެގަރީން ނޮމިނޭޓްކުރާ ފަރާތްތަކަށް، މި އުސޫލުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ލޯނުން ފައިސާ ދޫކުރާނީ، ލޯނަށް އިއުލާނު ކުރާ ތާރީހުން ފެށިގެން ކޯހުގެ ބާކީ މުއްދަތަށް ކުރަންޖެހޭ ހަރަދުތަކަށެވެ.
(ބ) ލޯނަށް ހޮވޭ ފަރާތްތަކުގެ ވަގުތީނަތީޖާ އާންމު ކުރަންވާނެއެވެ. މި ނަތީޖާއާ ގުޅޭ އެއްވެސް ށަކުވާއެއް އޮތްނަމަ، ވަގުތީނަތީޖާ އިއުލާނު ކުރާ ތާރީހުން ފެށިގެން މަސައްކަތު 7 (ހަތެއް) ދުވަހުގެ ތެރޭގައި މިނިސްޓްރ އަށް ލިޔުމުން ހުށަހަޅަންވާނެއެވެ. ށަކުވާ ހުށަހެޅުމަށް ލިބޭ މުއްދަތުގައި އެޕްލިކޭށަނަށް އެއްވެސް އުނި އިތުރެއް ނުގެނެވޭނެއެވެ. ށަކުވާ ހުށަހަޅާ މުއްދަތު ހަމަވާ ތާރީހުން ފެށިގެން މަސައްކަތު 7 (ހަތެއް) ދުވަހުގެ ތެރޭގައި ލޯނަށް ހޮވޭ ފަރާތްތަކުގެ ދާއިމީނަތީޖާ އިއުލާނު ކުރަންވާނެއެވެ.
(ޅ) މަތީތައުލީމުގެ ފުރުސަތު ލިބޭ ދަރިވަރުންނާ ގުޅޭގޮތުން މިނިސްޓްރީން އަމަލުކުރާ އެންމެހައި އުސޫލުތައް، ލޯނަށް ހޮވޭ ދަރިވަރުންގެ މައްޗަށް ވެސް ހިނގާނެއެވެ.
(ކ) ހުރިހާ ދަރިވަރުން ވެސް، ކޯސް ނިމުމަށްފަހު 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ލިޔުމުން މިނިސްޓްރީއަށް އެކަން އަންގަންވާނެއެވެ. އަދި ހާސިލުކުރި ސެޓުފިކެޓުގެ ކޮޕީއެއް ވެސް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
(އ) ކޯސް ފުރިހަމަކުރަމުންދާ ދުވަސްވަރު، އިސްލާމްދީނަށާއި ދިވެހި ދައުލަތުގެ އަމުރުތަކަށް ކިޔަމަންތެރިކަން އަދާކުރަންވާނެއެވެ. އަދި ދަރިވަރުގެ ކިޔެވުން އޮންނަ ގައުމެއްގެ ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތަންވާނެއެވެ.
(ވ) މި އުސޫލުގެ ތެރެއިން ލޯނަށް އެދި ހުށަހަޅާ ލިޔެކިޔުމެއްގައި ނާޖާއިޒު ފައިދާއެއް ލިބޭފަދަ ގޮތަކަށް ސައްހަނޫން މައުލޫމާތު ހިމެނޭކަން ނުވަތަ މައުލޫމާތު ފުރިހަމަނުކޮށް އެޕްލިކޭށަން ހުށަހެޅިކަން މިނިސްޓްރީއަށް އެނގޭ ހިސާބުން، އެޕްލިކޭށަން ބާތިލުވާނެއެވެ. އެކަން އެނގުނީ ލޯނު ލިބޭކަމުގެ ލިޔުން ދޫކުރި ފަހުން ކަމުގައި ވިޔަސް، ނުވަތަ ދަރިވަރު ކިޔަވަން ފެށިފަހުން ކަމުގައި ވިޔަސް، އެޕްލިކޭށަން ބާތިލުވާނެއެވެ. މި ހާލަތުގައި ލޯނުގެ ގޮތުގައި އެއްވެސް ފައިސާއެއް ދޫކޮށްފައިވާނަމަ، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން އެ ފައިސާއެއް އަނބުރާ ދައްކަންވާނެއެވެ.
(މ) މި އުސޫލުގެ ތެރެއިން ލޯނަށް އެދި ހުށަހަޅާ ލިޔެކިޔުމެއްގައި ހަގީގަތާ ހިލާފު މައުލޫމާތެއް ދީފައިވާކަމަށް އަދި/ނުވަތަ ނާޖާއިޒު ފައިދާއެއް ލިބޭފަދަ ގޮތަކަށް އަމަލު ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވިއްޖެނަމަ، އެ ކަމެއް ތަހުގީގު ކުރުމަށް، އެކަން ކުރުމުގެ ބާރު ލިބިފައިވާ ފަރާތަކަށް ހުށަހެޅުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ފ) މި އުސޫލުގައި ހިމެނިފައިނުވާ ކަމެއް ދިމާވެއްޖެނަމަ، އެ ކަމެއް ނިންމާނީ މިނިސްޓްރީންނެވެ.
14 ވަނަ މާއްދާ - މި އުސޫލަށް އަމަލުކުރަން ފަށާ ތާރީހު
މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
ލޯނަށް އިއުލާނު ކުރާއިރު، މި އުސޫލާއެކު އިއުލާނު ކުރާނެ، މި އު ސޫލުގެ ޖަދުވަލުތައް، ތިރ ގައި މިވަނީއެވެ.
1 .ޖަދުވަލު 1 :ހުޅުވައިލައިފައިވާ ޖާގައިގެ އަދަދާއި، ކިޔަވަން ދެވޭ ގައުމުތައް.
2 .ޖަދުވަލު 2 :މޯލްޑިވްސް ނޭށަނަލް ކޮލިފިކޭށަންސް ފްރޭމްވާރކްގެ މިނިމަމް އެންޓްރީ ރިކްއަރމަންޓް.
3 .ޖަދުވަލު 3 ނޭށަނަލް ޓްރެއިނިންގ ނީޑްސް ލިސްޓު.
4 .ޖަދުވަލު 4 ޕޮއިންޓް ދިނުމުގައި އަމަލުކުރާނެ އުސޫލާއި، ސްލޮޓްތަކަށް ޖާގަ ފުރުމުގެ އުސޫލު
މި ގަވާއިދުގެ ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި
މި އުސޫލަށް ގެނެވުނު އިސްލާހު
ކިޔުންތެރިންގެ ހިޔާލު