-

ދައުލަތުން ލޯނު ދޫކުރުމާއި އޮންލެންޑް ކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލަށް 1 ވަނަ އިސްލާހު ގެނައުމުގެ އުސޫލު

(އުސޫލު: 8 ސެޕްޓެމްބަރު 2021)

 

ދައުލަތުން ލޯނު ދޫކުރުމާއި އޮންލެންޑް ކުރުމުގައި އަމަލުކުރާނެގޮތުގެ އުސޫލަށް އަންނަނިވި އިސްލާހުތައް ގެނައުން.

1 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 3 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

3.(ހ) މި އުސޫލުގެ ދަށުން، އަންނަނިވި ފަރާތްތަކުންކުރެ ފަރާތަކަށް ސަރުކާރުގެ ފަރާތުން ލޯނު ދޫކުރެވިދާނެއެވެ.

  1. ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏަކަށް؛
  2. ސަރުކާރުގެ މަސްލަހަތު އޮންނަ ކޯޕަރޭޓިވް ސޮސައިޓީއަކަށް ނުވަތަ ގައުމީ ޖަމްއިއްޔާއެއްކަމަށް ނުވަތަ ޖަމާއަތެއްކަމަށް ސަރުކާރުން ގަބޫލުކުރާ ފަރާތަކަށް؛
  3. މި އުސޫލަށް އަމަލުކުރަން ފެށުމުގެ ކުރިން، ސަރުކާރުން ވެފައިވާ އެއްބަސްވުމެއްގައި ހިމެނޭ އިލްތިޒާމެއްގެ ދަށުން ވަކިފަރާތަކަށް ލޯނު ދޫކުރުމަށް ސަރުކާރުން އެއްބަސްވެފައިވާ ފަރާތަކަށް. 

 

2 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 4 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.  

4.(ހ) މި އުސޫލުގެ ދަށުން ވަކިވަކި ލޯނުގެ ގޮތުގައި ދޫކުރެވޭނެ މިންވަރު ކަނޑައަޅާނީ ލޯނަށް އެދި ހުށަހަޅާ ފަރާތުގައި ސަރުކާރުގެ ހިއްސާ ނުވަތަ މަސްލަހަތު އޮތް މިންވަރަށާއި، ކްރެޑިޓް ރިސްކަށާއި، ލޯނު ނަގައިގެން ހިންގުމަށް ކަނޑައަޅައިފައިވާ މަށްރޫއުގެ ފީޒިބިލިޓީއަށް ބެލުމަށްފަހުގައެވެ. މީގެ އިތުރުން، ގައުމުގެ އިގްތިސާދީ ހާލަތަށާއި، ސަރުކާރުގެ މާލީ ފުދުންތެރިކަން ހުރި މިންވަރަށާއި، ލޯނު ދޫކުރުމުން ދައުލަތުގެ މާލިއްޔަތަށް ކުރާނެ އަސަރަށް ބެލޭނެއެވެ. އަދި ލޯނު ދިނުމަށް ސަރުކާރަށް ކުރިމަތިވާ ހިރާސްތައް ބެލުމަށްފަހު ލޯނަށް ސެކިއުރިޓީއެއް ހުށަހެޅުމަށް ށަރުތު ކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި އުސޫލުގެ 3 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން ސަރުކާރުން ވެފައިވާ އެއްބަސްވުމެއްގައި ހިމެނޭ އިލްތިޒާމެއްގެ ދަށުން ސަރުކާރުން އެ ފަރާތަކަށް ލޯނު ދޫކުރުމަށް އެއްބަސްވެފައިވާ ފަރާ ތަކަށް ލޯނު ދޫކުރުމުގައި ސަރުކާރުން ވަކި އުސޫލަކުން އަމަލުކުރުމަށް އެފަދަ ކޮންޓްރެކްޓެއްގައި ނުވަތަ އެއްބަސްވުމެއްގައި ލާޒިމުކުރާ ހާލަތުގައި އަމަލުކުރާނީ، އެފަދަ ކޮންޓްރެކްޓެއްގައި ނުވަތަ އެއްބަސްވުމެއްގައި އަމަލުކުރުމަށް ސަރުކާރުން އެއްބަސްވެފައިވާ ގޮތަށެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 5 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

5.(ބ) މި އުސޫލުގެ 3 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން ސަރުކާރުން ވެފައިވާ އެއްބަސްވުމެއްގައި ހިމެނޭ އިލްތިޒާމެއްގެ ދަށުން ސަރުކާރުން އެ ފަރާތަކަށް ލޯނު ދޫކުރުމަށް އެއްބަސްވެފައިވާ ފަރާތްތަކަށް ލޯނު ދޫކުރުމުގައި މި މާއްދާގެ (ހ) އިން ފެށިގެން (ރ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ އިޖުރާއަތުތަކަށް އަމަލުކުރުމުން އިސްތިސްނާވާނެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 6 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

6.(ށ) ލޯނު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާގެ ހުއްދައަށް އެދި ހުށަހަޅާއިރު، މި އުސޫލުގެ 5 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ރިޕޯޓު ހުށަހަޅަންވާނެއެވެ.

 

5 ވަނަ މާއްދާ - މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި އުސޫލު

ދައުލަތުން ލޯނު ދޫކުރުމާއި އޮންލެންޑް ކުރުމުގައި އަމަލު ކުރާނެގޮތުގެ އުސޫލު (29 ސެޕްޓެމްބަރު 2019)

 

 

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު