-

މާލީ އިދާރާތަކުން ދައްކަންޖެހޭ ފީތަކާއި ޗާޖްތަކާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2016-80) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2020-12)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 4 ފެބުރުއަރީ 2020 ގައި)

 

ގަވާއިދު ނަންބަރު 2016-80 (މާލީ އިދާރާތަކުން ދައްކަންޖެހޭ ފީތަކާއި ޗާޖްތަކާބެހޭ ގަވާއިދު) އަށް އަންނަނިވި އިސްލާހުުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ، އެޕްލިކޭށަަން ފީ އަންނަނިވި ގޮތަށް އިސްލާހުުކުރުން.

 

އެޕްލިކޭށަަން ފީ

 

ލައިސަންސް ނުވަތަ ހުއްދައިގެ ބާވަތް 

 އަދަދު (ރުފިޔާއިން)

ބޭންކިންގ ވިޔަފާރިކުރުމުގެ ލައިސަންސް             

150,000

ލީސިންގ ވިޔަފާރިއާއި ހައުސިންގ ފައިނޭންސް ކުރުމުގެ ވިޔަފާރި ހިމެނޭ ގޮތުން ފައިނޭންސިންގ ވިޔަފާރިކުރުމުގެ ލައިސަންސް     

50,000

އިންށުއަރަންސް ވިޔަފާރިކުރުމުގެ ލައިސަންސް

50,000

އިންށުއަރަންސް ބްރޯކަރގެ ލައިސަންސް

30,000

ކޮމްޕަލްސަރީ އިންށުއަރެންސް އޭޖެންޓް ފިޔަވައި އެހެން އިންށުއަރެންސް އޭޖެންޓުންގެ ހުއްދަ

500

ކޮމްޕަލްސަރީ އިންށުއަރެންސް އޭޖެންޓުންގެ ހުއްދަ     

200

ރެމިޓެންސް ވިޔަފާރި ނުވަތަ މަނީ ރެމިޓެންސް ވިޔަފާރިކުރުމުގެ ލައިސަންސް

30,000

 

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ، އިންށުއަރެންސް ކުންފުނިތަކާއި އިންށުއަރެންސް ބްރޯކަރުން ދައްކަންޖެހޭ އަހަރީ ފީތަކުގެ ތާވަލު އަންނަނިވި ގޮތަށް އިސްލާހުުކުރުން.

 

އިންށުއަރެންސް ކުންފުނިތަކާއި އިންށުއަރެންސް ބްރޯކަރުން ދައްކަންޖެހޭ ފީ

     

އަހަރީ ފީ  

 އަދަދު (ރުފިޔާއިން)

(1) ޖެނެރަލް އިންށުއަރަންސް ކުންފުނިތައް (ފީ ނަގާނީ، ކުންފުނީގެ އެނުއަލް ގްރޮސް ޕްރީމިއަމް އަށް ބިނާކޮށް ތިރީގައިވާ މިންގަނޑުތަކާ އެއްގޮތަށެވެ.)

އެގޮތުން ކުންފުނީގެ އެނުއަލް ގްރޮސް ޕްރީމިއަމް:

100 މިލިއަން ރުފިޔާއަށް ވުރެ ދަށް ނަމަ، 35,000
100 މިލިޔަން ރުފިޔާއިން ފެށިގެން – 250 މިލިޔަން ރުފިޔާއާ ދެމެދު ނަމަ، 60,000
250 މިލިޔަން ރުފިޔާ ނުވަތަ އެއަށް ވުރެ ގިނަ ނަމަ، 100,000
(2) ލައިފް އިންށުއަރަންސް ވިޔަފާރި ކުންފުނިތައް 20,000
(3) އިންށުއަރަންސް ބްރޯކަރުން  5,000

 

3 ވަނަ މާއްދާ - މި ގަވާއިދަށް އަަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށަާއިއަުކުރާ ތާރީހުުން ފެށިގެންނެވެ.
 

 

މައި ގާނޫނު

މާލީ އިދާރާތަކުން ދައްކަންޖެހޭ ފީތަކާއި ޗާޖްތަކާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2016-80)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

މާލީ އިދާރާތަކުން ދައްކަންޖެހޭ ފީތަކާއި ޗާޖްތަކާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2016-80)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު