-

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ގަވާއިދު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2020-01)

 

ގަވާއިދު ނަންބަރު 2019-1086 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 19 ވަނަ މާއްދާގެ ފަހަތަށް 20 ވަނަ މާއްދާއެއް އިތުރު ކުރުމަށްފަހު، މާއްދާތަކުގެ ނަންބަރުތައް ތަރުތީބުކުރުން.

ހާއްސަ ހާލަތެއް މެދުވެރިވެއްޖެނަމަ ޢަމަލުކުރާނެ ގޮތް 20. 

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އިލެކްށަންސް ކޮށަނުން ސިޓީތަކުގެ ދާއިރާތައް ކަނޑައަޅައި، މި ގަވާއިދުގައިވާ އިޖުރާއަތުތައް ފުރިހަމަކޮށްފައިވަނިކޮށް، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 51 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައު ސިޓީއެއް ކަނޑައަޅުއްވައިފިނަމަ، އެ ހާލަތުގައި މި ގަވާއިދުގައި ބަޔާންކުރާ މުއްދަތުތަކެއް ނުގުނޭނެއެވެ. މި ފަދަ ހާލަތްތަކުގައި އަމަލުކުރާނީ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އިއުލާނުކުރާ ގޮތެއްގެ މަތިންނެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2019-1086)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2019-1086)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު