-

ގެވެށި އަނިޔާ ހުއްޓުވުމާބެހޭ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 101/2018) އަށް  1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު 

(ގަވާއިދު ނަންބަރު 1082/2019)

 

ގަވާއިދު ނަންބަރު 101/2018 (ގެވެށި އަނިޔާ ހުއްޓުވުމާބެހޭ އާންމު ގަވާއިދު) އަށް، އަންނަނިވި އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 9 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

9 (ރ)

މި މާއްދާގެ (ހ) އާއި (ށ) އަށް ރިޢާޔަތްކޮށް، މި މާއްދާގެ (ނ) ގެ ދަށުން، ޓެކްނިކަލް ކޮމިޓީ އެކުލަވައިލަންވާނީ އަންނަނިވި ގޮތުގެ މަތިންނެވެ.

  1. ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީ ތަމްސީލުކުރާ 2 (ދޭއް) މެންބަރުން؛
  2. ދިވެހިރާއްޖޭގައި ގެވެށި އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް ތަމްސީލުކުރާ 2 (ދޭއް) މެންބަރުން؛ އަދި
  3. މި މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުން ފެށިގެން 8 ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ މުއައްސަސާތަކުގެ ތެރެއިން ކޮންމެ މުއައްސަސާއަކުން 1 (އެކެއް) މެންބަރު.
     

2 ވަނަ މާއްދާ - މި ގަވާއިދަށް ޢަމަލުކުރަންފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ގެވެށި އަނިޔާ ހުއްޓުވުމާބެހޭ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 101/2018)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު